Surah Al-Jathiyah in Dhivehi: translation and audio
Surah 45 · الجاثية · The Crouching · 37 verses
Surah Al-Jathiyah verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Jathiyah word by word in English.
Verse 1
حمٓ
Transliteration hha-meem
Dhivehi حم މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.
Verse 2
تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ
Transliteration tanzīlu l-kitābi mina l-lahi l-ʿazīzi l-ḥakīmi
Dhivehi ފޮތް ބާވައިލެއްވުން ވަނީ - އެބަހީ ކީރިތި قرآن ބާވައިލެއްވީ - عزّة ވަންތަ، حكمة ވަންތަ، ﷲ ގެ حضرة ންނެވެ.
Verse 3
إِنَّ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَـَٔايَـٰتٍ لِّلْمُؤْمِنِينَ
Transliteration inna fī l-samāwāti wal-arḍi laāyātin lil'mu'minīna
Dhivehi ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވުމުގައި އަދި ހައްދަވާފައިވާ އުޑުތަކާއި، ބިމުގައި (ﷲ ވޮޑިގެން ވާކަމާއި، އެއްކައުވަންތަ ކަމާއި، އެކަލާނގެ قدرة ތެރިކަމާއި، حكمة ވަންތަ ކަމާއި، ދެނެވޮޑިގަތުމާއި، މި ކަންކަމުގެ މައްޗަށް ދަލީލުކުރާ) ހެކިތަކާއި، دليل ތައް ވެއެވެ. އެކަމަކު އެ ދަލީލުތަކަކީ مؤمن ންނަށް ވާ دليل ތަކެކެވެ. ﷲ ގެ ވޮޑިގެންވުމާއި، قدرة ތެރިކަމާއި، ދެނެވޮޑިގަތުމާއި، حكمة ވަންތަކަމާއި، މި ބާވަތުގެ އެންމެހައި ކަންތައްތައް ތެދުކޮށް قبول ކުރާ مؤمن ންނަށް ވާ ދަލީލެވެ.
Verse 4
وَفِى خَلْقِكُمْ وَمَا يَبُثُّ مِن دَآبَّةٍ ءَايَـٰتٌ لِّقَوْمٍ يُوقِنُونَ
Transliteration wafī khalqikum wamā yabuthu min dābbatin āyātun liqawmin yūqinūna
Dhivehi (އަދި އޭ އިންސާނާއެވެ!) ތިޔަބައިމީހުންގެ ހެއްދެވުމުގައްޔާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲ ހައްދަވައި، ފަތުރުއްވާފައިވާ ގިނަގުނަ دابّة ތަކާއި، مخلوق ންތަކުގައިވެސް އެކަލާނގެ އެއްކައުވަންތަ ކަމާއި ކުޅަދުންވަންތަކަމުގެމައްޗަށް ދަލީލުކުރާ، دليل ތަކާއި، حجّة ތައް ކަނޑައެޅިގެން ވެއެވެ. توحيد قبول ކުރާ ބަޔަކަށެވެ،
Verse 5
وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزْقٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ ٱلرِّيَـٰحِ ءَايَـٰتٌ لِّقَوْمٍ يَعْقِلُونَ
Transliteration wa-ikh'tilāfi al-layli wal-nahāri wamā anzala l-lahu mina l-samāi min riz'qin fa-aḥyā bihi l-arḍa baʿda mawtihā wataṣrīfi l-riyāḥi āyātun liqawmin yaʿqilūna
Dhivehi އަދި ރޭދުވާ ތަކުރާރު ވުމުގައްޔާއި، އަދި ﷲ އުޑުން ބާވައިލައްވާ ރިޒުގު ކަމުގައިވާ ފެނުގައްޔާއި، އަދި އެ ފެނުގެ ސަބަބުން ބިންގަނޑު މަރުވެފައި އޮތުމަށްފަހު (ގަހެއް، ވިނައެއް ނެތި އޮތުމަށްފަހު) ދެން އެކަލާނގެ އެ ބިންގަނޑު ދިރުއްވައި، ގަސްތަކާއި، ވިނަތައް ފަޅުއްވައި ހެއްދެވުމުގައްޔާއި، އަދި އެކި ދިމަދިމާއިން ޖެހޭގޮތަށް ވައި ބަދަލުކުރެއްވުމުގައްޔާއި، މި މި ކަންކަމުގައި (ﷲ ގެ قدرة ތެރިކަމާއި، އެއްކައުވަންތަކަމާއި، حكمة ވަންތަކަމާއި، ދެނެވޮޑިގަތުމުގެ މައްޗަށް دليل ކުރާ) އެތަކެއް ދަލީލު ބުއްދިކޮށް ވިސްނާ ބަޔަކަށް ވެއެވެ.
Verse 6
تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۖ فَبِأَىِّ حَدِيثٍۭ بَعْدَ ٱللَّهِ وَءَايَـٰتِهِۦ يُؤْمِنُونَ
Transliteration til'ka āyātu l-lahi natlūhā ʿalayka bil-ḥaqi fabi-ayyi ḥadīthin baʿda l-lahi waāyātihi yu'minūna
Dhivehi (އޭ رسول الله އެވެ.) އެއީ ހައްތާވެސް (ﷲ ވޮޑިގެންވާ ކަމާއި، އެކަލާނގެ އެއްކައުވަންތަކަމާއި، قدرة ތެރިކަމާއި، ދެނެވޮޑިގަތުމާއި، حكمة ވަންތަކަމާއި) މި ކަންކަމަށް دليل ކުރާ ﷲ ގެ دليل ތަކެވެ. ތިމަން ރަސްކަލާނގެ ކަލޭގެފާނަށް އެ دليل ތަކާއި، حجّة ތައް މި بيان ކޮށްދެނީ ހަމަ حقّ ތެދު ގޮތުގައެވެ. ފަހެ އެ مشرك ންގެ މީހުން ﷲ އާއި، އެކަލާނގެ އަންގަވާ دليل ތައް ތެދުނުކޮށް، ދެން ތެދުކޮށް قبول ކުރާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެމީހުން ދެން إيمان ވާނީ ކޮން އެއްޗަކަށް ހެއްޔެވެ؟
Verse 7
وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ
Transliteration waylun likulli affākin athīmin
Dhivehi ގިނަގިނައިން ދޮގުހަދާ، ފާފަކުރުމުގައި ހައްދުފަހަނަޅައިގެންފައިވާ ކޮންމެ މީހަކަށް قيامة ދުވަހުން ويل ހުއްޓެވެ. (ويل އަކީ ނަރަކައިގެ ވާދީއެކެވެ. އެތާނގެ ހޫނު ގަދަކަމާއި، ނުރައްކައު ބޮޑުކަމުން ނަރަކަވެސް އެތަނުން ސަލާމަތްވުމަށް دعاء ކުރާކަމުގައި ވިއެވެ.)
Verse 8
يَسْمَعُ ءَايَـٰتِ ٱللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ
Transliteration yasmaʿu āyāti l-lahi tut'lā ʿalayhi thumma yuṣirru mus'takbiran ka-an lam yasmaʿhā fabashir'hu biʿadhābin alīmin
Dhivehi އަދި މިބުނާ ދޮގުވެރި، ފާފަވެރީން) ﷲ ގެ އާޔަތްތައް - (ކީރިތި قرآن ގެ އާޔަތްތައް) - އޭނާގެ މައްޗަށް ކިޔެވޭއަޑު އަހައެވެ. ދެންވެސް އޭނާ (إيمان ނުވެ) كبر ވެރިކަމާއި، ބޮޑާކަން މަތީ ދެމިހުންނަނީއެވެ. އޭނާ އެ آية ތައް ނުވެސް އަހާ ކަހަލައެވެ. ފަހެ އެފަދަ މީހުންނަށް ވޭންދެނިވި عذاب قيامة ދުވަހުން ހުންނާނޭ ކަމުގެ خبر ކަލޭގެފާނު ދެއްވާށެވެ.
Verse 9
وَإِذَا عَلِمَ مِنْ ءَايَـٰتِنَا شَيْـًٔا ٱتَّخَذَهَا هُزُوًا ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌ مُّهِينٌ
Transliteration wa-idhā ʿalima min āyātinā shayan ittakhadhahā huzuwan ulāika lahum ʿadhābun muhīnun
Dhivehi އަދި ތިމަން ރަސްކަލާނގެ އާޔަތްތަކުން ކޮންމެވެސް މިންވަރެއް - އެބަހީ قرآن ން ކޮންމެވެސް މިންވަރެއް - އެފަދަ މީހާއަށް އެނގިއްޖެއްޔާ އޭނާ އެއަށް މަލާމާތްކޮށް، ފުރައްސާރަކުރާން ފަށައެވެ. އެފަދަ ކޮންމެ މީހަކަށް ހުރީ ހަމަ ކަނޑައެޅިގެން އިހާނާތްތެރި عذاب އެވެ. (قرآن ގެ އާޔަތަކަށް ނުވަތަ ސޫރަތަކަށް މަލާމާތްކޮށްލި ކޮންމެ މީހަކު މި حكم ތެރެއަށް ވަންނާނޭކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.)
Verse 10
مِّن وَرَآئِهِمْ جَهَنَّمُ ۖ وَلَا يُغْنِى عَنْهُم مَّا كَسَبُوا۟ شَيْـًٔا وَلَا مَا ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ ۖ وَلَهُمْ عَذَابٌ عَظِيمٌ
Transliteration min warāihim jahannamu walā yugh'nī ʿanhum mā kasabū shayan walā mā ittakhadhū min dūni l-lahi awliyāa walahum ʿadhābun ʿaẓīmun
Dhivehi (ދެން އެފަދަ މީހާ) އޭނާގެ ކުރިމަތީގައި (قيامة ދުވަހުން) އޮތީ ހަމަ ނަރަކައެވެ. އެދުވަހުން އޭނާ ހޯދި މުދަލަކުންވެސް، އަދި ދަރީންގެ ކިބައިން ވިޔަސް އަދި ﷲ ފިޔަވައި އޭނާ ސަހަރޯވެރީން ކަމުގައި ބަލައިގެން އޭނާ އަޅުކަންކުރި ފަރާތްތަކުންވެސް، އަދި އޭނާ ކުރި އެހެން عمل އަކުންވެސް އޭނާއަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ. އޭނާއަށް ހުރީ ބޮޑުވެގެންވާ عذاب އެވެ.
Verse 11
هَـٰذَا هُدًى ۖ وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ رَبِّهِمْ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ
Transliteration hādhā hudan wa-alladhīna kafarū biāyāti rabbihim lahum ʿadhābun min rij'zin alīmun
Dhivehi މިއީ ހަމަ ތެދުމަގެކެވެ. އެބަހީ މި قرآن އަކީ މުޅީންވެސް ހަމަ ތެދުމަގެވެ. އަދި އެބަޔަކު އެބަޔަކުގެ ربّ ގެ އާޔަތްތަކަށް - އެބަހީ قرآن އަށް - ކާފަރުވެއްޖެ ބަޔަކު (ދަންނައެވެ.) އެމީހުންނަށް ހުރީ رِجْز އެވެ ކިޔާ ވޭންދެނިވި عذاب އެވެ. رِجْز އަކީ އެންމެގަދަ عذاب އެވެ.
Verse 12
۞ ٱللَّهُ ٱلَّذِى سَخَّرَ لَكُمُ ٱلْبَحْرَ لِتَجْرِىَ ٱلْفُلْكُ فِيهِ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ
Transliteration al-lahu alladhī sakhara lakumu l-baḥra litajriya l-ful'ku fīhi bi-amrihi walitabtaghū min faḍlihi walaʿallakum tashkurūna
Dhivehi ﷲ އެއީ ތިޔަބައިމީހުންނަށް ޓަކައި ކަނޑު ކިޔަމަންކުރެއްވި ކަލާނގެއެވެ. އެއީ އެކަލާނގެ أمر ފުޅަށް ތިޔަބައިމީހުން ނައުދޯނގުފަހަރު (މޫދުގައި ދުއްވާ އެންމެހައި އުޅަނދުފަހަރު) އެ ކަނޑުގައި ދުއްވުމަށް ޓަކައެވެ. އަދި އެކަން އެގޮތަށް ލެއްވީ އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން ތިޔަބައިމީހުން ބޭނުންތައް ލިބިގަތުމަށް ޓަކައެވެ. (ދަތުރުފަތުރުކޮށް، ވިޔަފާރީގެ އެންމެހައި ކަމަކަށާއި، حياة ގެ ގިނަ ކަންތައްތަކެއް ހަމަޖެއްސުމަށް ޓަކައެވެ.) އަދި އެ ކަންކަން އެގޮތަށް ލެއްވީ ތިޔަބައިމީހުން ﷲ އަށް شكر ކުރުމަށް ޓަކައެވެ. شكر ކުރޭތޯއެވެ.
Verse 13
وَسَخَّرَ لَكُم مَّا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ
Transliteration wasakhara lakum mā fī l-samāwāti wamā fī l-arḍi jamīʿan min'hu inna fī dhālika laāyātin liqawmin yatafakkarūna
Dhivehi އަދި އެކަލާނގެއީ ތިޔަބައިމީހުންނަށް ޓަކައި އުޑުތަކާއި، ބިމުގައި ވާ އެންމެހައި ތަކެތި ކިޔަމަން ކޮށްދެއްވި ކަލާނގެއެވެ. އެ ހުރިހައި އެއްޗެއް ވަނީ ހަމަ ﷲ ގެ حضرة ންނެވެ. ހަމަކަށަވަރުން ކަންކަމަށް فكر ކޮށް، ވިސްނާ ބަޔަކަށް (އެކަލާނގެ އެއްކައުވަންތަ ކަމުގެ) ހެއްކާއި، دليل އަދި حجّة މި ކަންކަމުގައި ވެއެވެ.
Verse 14
قُل لِّلَّذِينَ ءَامَنُوا۟ يَغْفِرُوا۟ لِلَّذِينَ لَا يَرْجُونَ أَيَّامَ ٱللَّهِ لِيَجْزِىَ قَوْمًۢا بِمَا كَانُوا۟ يَكْسِبُونَ
Transliteration qul lilladhīna āmanū yaghfirū lilladhīna lā yarjūna ayyāma l-lahi liyajziya qawman bimā kānū yaksibūna
Dhivehi (އޭ رسول الله އެވެ!) ﷲގެ عداوة ގެ ތެރީންނަށް އެކަލާނގެ ދެއްވަމުން ގެންދަވާނެ عذاب އާއި، مصيبة އާއި، އުނދަގޫތަކާމެދު ބިރުވެތިނުވެ އުޅޭ ކާފަރުންނާއި، مشرك ންގެ ކަންތަކާމެދު އެމީހުންނަށް عفوء ކުރައްވައި، އެކަމާ (އަދި) އަޅައިނުލާން مؤمن ންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ދަންނައެވެ. މިއާޔަތުގެ މި حكم މިއީ ހަނގުރާމައިގެ އާޔަތް ބާވައިލެއްވުމުގެ ކުރީން އޮތް حكم އެއް ކަމުގައި مفسّر ން ވިދާޅުވެއެވެ. ހަނގުރާމައިގެ އާޔަތް ބާވައިލައްވައި، توبة ސޫރަތުގެ އާޔަތްތައް ބާވައިލެއްވުމުން އެމީހުންނަށް عفوء ކޮށް، ދޫދިނުން ނިމުނީއެވެ. والله أعلم\nއަދި އެކަން އެ ހެއްދެވީ ބަޔަކު މީހުންނަށް އެމީހުން ކުރި ހެޔޮ عمل ތަކުގެ ފުރިހަމަ جزاء އާއި، ثواب އެމީހުންނަށް ދެއްވުމަށެވެ. (މިބުނި މީހުންނަކީ مؤمن ންނެވެ. إسلام دين ގެ ކުރީކޮޅު އެމީހުންނަށް އުނދަގޫތަކާއި، عذاب ތައް، ކާފަރުންގެ ފަރާތުން ލިބުމާއެކުވެސް ކެތްތެރިވެގެން ތިބުމަށް مؤمن ންނަށް އެންގެވިއެވެ. އެ ލިބުނު އުނދަގޫތަކާއި، ކުރި ކެތްތެރިކަމަށް ﷲ އެމީހުންނަށް ގިނަގުނަ ދަރުމަޔާއި، ثواب ދެއްވާނެއެވެ.)
Verse 15
مَنْ عَمِلَ صَـٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ
Transliteration man ʿamila ṣāliḥan falinafsihi waman asāa faʿalayhā thumma ilā rabbikum tur'jaʿūna
Dhivehi ފަހެ صالح عمل އެއް ކޮށްފި މީހާ (ދަންނައެވެ.) އެ صالح عمل ގެ ދަރުމަޔާއި، ثواب އޮތީ ހަމަ އޭނާއަށެވެ. އޭނާގެ نفس އަށެވެ. އަދި ނުބައިކަމެއް ކޮށްފި މީހާވެސް (ދަންނައެވެ.) އެކަމުގެ عذاب އާއި، عقوبة އޮންނާނީ ހަމަ އޭނާއަށެވެ. އެކަން އޭނާއަށް އޮންނާނެއެވެ. ދެން (މަރުވުމަށްފަހު) ތިޔަބައިމީހުން އެނބުރި رجوع ވުން ވަނީ ހަމަ ތިޔަބައިމީހުންގެ ربّ ގެ حضرة އަށެވެ.
Verse 16
وَلَقَدْ ءَاتَيْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَى ٱلْعَـٰلَمِينَ
Transliteration walaqad ātaynā banī is'rāīla l-kitāba wal-ḥuk'ma wal-nubuwata warazaqnāhum mina l-ṭayibāti wafaḍḍalnāhum ʿalā l-ʿālamīna
Dhivehi އަދި ހަމަކަށަވަރުން بني إسرائيل ންނަށް (موسى عليه السلام މެދުވެރި ކުރައްވައި) ތިމަން ރަސްކަލާނގެ ފޮތް ދެއްވީމެވެ. އެއީ توراة އެވެ. އަދި މީސްތަކުންގެ މެދުގައި حكم ކުރުމަށް ޓަކައި ވިސްނުމާއި، އަދި فقه ވެރިކަން ދެއްވީމެވެ. އަދި އެ ދަރިކޮޅުގައި نبي ކަންވެސް ލެއްވީމެވެ. (ގިނަ نبي ބޭކަލުން އެ ދަރިކޮޅުން ﷲ ފޮނުއްވިއެވެ.) އަދި حلال ރަނގަޅު، މީރު ކާނާ ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވީމެވެ. (އޭގެ ތެރޭގައި منّ އާއި، سلوى ވެސް ވެއެވެ.) އަދި އޭރު ދުނިޔޭގައި ތިބި އެންމެންގެ މައްޗަށް ތިމަން ރަސްކަލާނގެ އެމީހުން މާތްކުރެއްވީމެވެ.
Verse 17
وَءَاتَيْنَـٰهُم بَيِّنَـٰتٍ مِّنَ ٱلْأَمْرِ ۖ فَمَا ٱخْتَلَفُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ
Transliteration waātaynāhum bayyinātin mina l-amri famā ikh'talafū illā min baʿdi mā jāahumu l-ʿil'mu baghyan baynahum inna rabbaka yaqḍī baynahum yawma l-qiyāmati fīmā kānū fīhi yakhtalifūna
Dhivehi އަދި حلال އާއި، حرام ގެ ތެރެއިން بيان ވެ ފައުޅުވެގެން شريعة އެމީހުންނަށް އެންގެވީމެވެ. (ނުވަތަ ފަހު ޒަމާނުގެ نبي އާ محمّد ﷺ ފޮނުއްވުމާއި، އެކަލޭގެފާނުންގެ نبي ކަމުގެ خبر އާ ބެހޭ علم އެމީހުންނަށް އެންގެވީމެވެ. މި އާޔަތުގައި މި ދެމާނަ مفسّر ން ލިޔުއްވައެވެ. والله أعلم) ދެންފަހެ އެ ދެކަމާބެހޭ علم އަދި معلومات ރަނގަޅަށް އެނގުމަށްފަހުގައި މެނުވީ އެމީހުން ދެބަސްވެ، إختلاف ނުވެއެވެ. (އެމީހުން إختلاف ވީ ވެރިކަމާމެދު) އެމީހުންގެ އެކަކު އަނެކަކުގެ މައްޗަށް އޮތް ރުޅިވެރިކަމާއި، حسد ވެރިކަމުންނެވެ. ނުވަތަ محمّد ﷺ އާމެދު އެމީހުންގެ މެދުގައި އޮތް حسد ވެރިކަމުންނެވެ.\n(އޭ رسول الله އެވެ.) އެމީހުންގެ މެދުގައި އެކަމާމެދު ދެބަސްވެ، إختلاف ވާ ކަންތައްތަކަށް قيامة ދުވަހުން ކަލޭގެފާނުންގެ ربّ އެމީހުންގެ މެދުގައި ނިޔާކުރައްވާ ހުއްޓެވެ.
Verse 18
ثُمَّ جَعَلْنَـٰكَ عَلَىٰ شَرِيعَةٍ مِّنَ ٱلْأَمْرِ فَٱتَّبِعْهَا وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ لَا يَعْلَمُونَ
Transliteration thumma jaʿalnāka ʿalā sharīʿatin mina l-amri fa-ittabiʿ'hā walā tattabiʿ ahwāa alladhīna lā yaʿlamūna
Dhivehi ދެން ތިމަން ރަސްކަލާނގެ ކަލޭގެފާނު ވަކި شريعة އެއްގެ މައްޗަށްލެއްވީމެވެ. ވަކި منهج އަކަށް ލެއްވީމެވެ. އެއީ دين ގެ ކަންތަކުގައެވެ. ފަހެ ކަލޭގެފާނު އެ شريعة އާއި، އަދި އެ މަގާ تبع ވެވަޑައިގަންނަވާށެވެ. އަދި ނުދަންނަ މީހުންގެ هوى نفس އެދޭގޮތާ تبع ވެވަޑައި ނުގަންނަވާށެވެ!
Verse 19
إِنَّهُمْ لَن يُغْنُوا۟ عَنكَ مِنَ ٱللَّهِ شَيْـًٔا ۚ وَإِنَّ ٱلظَّـٰلِمِينَ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۖ وَٱللَّهُ وَلِىُّ ٱلْمُتَّقِينَ
Transliteration innahum lan yugh'nū ʿanka mina l-lahi shayan wa-inna l-ẓālimīna baʿḍuhum awliyāu baʿḍin wal-lahu waliyyu l-mutaqīna
Dhivehi (ކަލޭގެފާނު އެމީހުންގެ މަގާ تبع ވެވަޑައިގެންފިއްޔާ) ދެން ﷲ ގެ حضرة ން އަތުވެދާނޭ އެއްވެސް އުނދަގުލެއް އަދި عذاب އެއް ކަލޭގެފާނުންގެ ކިބައިން دفاع ކޮށްދިނުމަށް އެމީހުންނަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ. އަދި ހަމަކަށަވަރުން އަނިޔާވެރީންނަކީ، (مشرك ންނާއި منافق ންނާއި، يهودي ންނަކީ) އޭގެ އެއްބަޔަކު އަނެއް ބަޔަކަށް ސަހަރޯވެރީންނެވެ. އަދި ﷲ އީ تقوى ވެރީންގެ ސަހަރޯވެރިޔާއެވެ.
Verse 20
هَـٰذَا بَصَـٰٓئِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِّقَوْمٍ يُوقِنُونَ
Transliteration hādhā baṣāiru lilnnāsi wahudan waraḥmatun liqawmin yūqinūna
Dhivehi މިއީ، އެބަހީ شريعة އާ ތަބާ ވުމަށް އެންގެވި އެންގެވުމަކީ، މީސްތަކުންނަށް ވާ إعلان އެކެވެ. (ނުވަތަ މި قرآن އަކީ މީސްތަކުންނަށް ވާ ހިތުގެ ލޮލެކެވެ. منفع ކުރާ ތަކެއްޗާއި، ގެއްލުންދޭ ތަކެތި އެއިން ފެންނާނެއެވެ.) އަދި އެއީ ޝައްކު ނުކޮށް، يقين ކުރާ ބަޔަކަށް ވާ ތެދުމަގަކާއި، އަދި رحمة އެކެވެ.
Verse 21
أَمْ حَسِبَ ٱلَّذِينَ ٱجْتَرَحُوا۟ ٱلسَّيِّـَٔاتِ أَن نَّجْعَلَهُمْ كَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَوَآءً مَّحْيَاهُمْ وَمَمَاتُهُمْ ۚ سَآءَ مَا يَحْكُمُونَ
Transliteration am ḥasiba alladhīna ij'taraḥū l-sayiāti an najʿalahum ka-alladhīna āmanū waʿamilū l-ṣāliḥāti sawāan maḥyāhum wamamātuhum sāa mā yaḥkumūna
Dhivehi އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ހީކުރަނީ ގަސްތުގައި ނުބައި ކަންތަކަށް އަރައިގަންނަ މީހުންނާއި، އީމާންވެގެން صالح عمل ތައް ކުރި މީހުންނާ، މި ދެބައިމީހުން އެއްފަދަ ވާނޭ ކަމަށެވެ. އެގޮތަށް ތިމަން ރަސްކަލާނގެ ހައްދަވާނޭ ކަމަށެވެ. އެމީހުންގެ ދުނިޔޭގެ حياة އާއި، މަރުވުމަށްފަހު ދެން އޮންނަ އާޚުރަތުގެ حياة ގައިވެސް ދެބައިމީހުން އެއްވަރުވާނޭ ކަމަށެވެ. އެހެންކަމަށް ވަންޏާ، އެމީހުންގެ އެ ނިޔާއަކީ ނުބައިވެގެންވާ ނިޔާއެކެވެ. އެއީ ނުބައި حكم އެކެވެ. (ނުބައިކޮށް އުޅޭ މީހުންނާއި، ހެޔޮލަފާކޮށް صالح عمل ކުރި މީހުންނާ ދެބައިމީހުން ދުނިޔޭގެ حياة ގައި، ފަހަރެއްގައި އެއްވަރު ވެދާނެއެވެ. އަދި ނުލަފާ މީހާގެ حياة ގެ ކަންތައް ދުނިޔޭގައި ފަސޭހަވެސް ބައެއް ފަހަރު ވެދާނެއެވެ. ނަމަވެސް ނުލަފާ ކަންތައް ކުރި މީހުންނަށް آخرة ގެ حياة ގައި ހުންނާނީ ނަރަކައެވެ. ހެޔޮކަންތައް ކޮށް صالح عمل ކުރި މީހުންނަށް ހުންނާނީ ސުވަރުގެއެވެ. އެތާނގެ ހިމަނައި ނުގަނެވޭހާ نعمة އެވެ. މި ދެބައިމީހުން އެއްވަރުވާނީ ކޮންފަދައަކުން ހެއްޔެވެ؟
Verse 22
وَخَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ
Transliteration wakhalaqa l-lahu l-samāwāti wal-arḍa bil-ḥaqi walituj'zā kullu nafsin bimā kasabat wahum lā yuẓ'lamūna
Dhivehi އަދި ﷲ تعالى އުޑުތަކާއި، ބިން ހެއްދެވީ ހަމަ عدل ވެރި حقّ ގޮތުގައެވެ. އަދި ހަމަ އެފަދައިން ކޮންމެ نفس އަކަށްވެސް އެ نفس އެއް ހޯދައިގަތް އެއްޗެއްގެ جزاء ދެއްވުމަށެވެ. އަދި (އެދުވަހުން، އެބަހީ آخرة ދުވަހުން) އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ.
Verse 23
أَفَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَـٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ
Transliteration afara-ayta mani ittakhadha ilāhahu hawāhu wa-aḍallahu l-lahu ʿalā ʿil'min wakhatama ʿalā samʿihi waqalbihi wajaʿala ʿalā baṣarihi ghishāwatan faman yahdīhi min baʿdi l-lahi afalā tadhakkarūna
Dhivehi ތިމާގެ إله އަކީ ތިމާގެ هوى نفس ކަމުގައި ހަދައިގެން އުޅޭ މީހާ (ނުވަތަ މީހުން) ކަލޭގެފާނު ފަހެ ދެކެވަޑައިނުގަންނަވަނީ ތޯއެވެ؟ އަދި ﷲ تعالى އޭނާ މަގުފުރެއްދެވީއެވެ. އެއީ އޭނާއަށް އެކަން حقّ ކަމުގައި ﷲ ދެނެވޮޑިގެން ވާތީއެވެ. އަދި (ހެޔޮ އެއްޗެއް حاصل ނުކުރެވޭ ގޮތުން) އޭނާގެ އިވުމުގައްޔާއި، އޭނާގެ ހިތުގައި ﷲ ސިއްކަ ޖެއްސެވިއެވެ. އަދި އޭނާގެ ލޮލުގެ މަތީގައި ވަނީ މަތިގަނޑެކެވެ. ހުރަހެކެވެ. ފަހެ ﷲ އޭނާ މަގުފުރެއްދެވުމަށްފަހު ދެން އޭނާއަށް ތެދުމަގު ދައްކާނީ ކާކު ހެއްޔެވެ؟ (މި ކަންކަމުން) ތިޔަބައިމީހުން نصيحة އާއި، وعظ ލިބިނުގަންނާނޭ ހެއްޔެވެ؟\n(ދަންނައެވެ. ތެދުމަގާއި، إيمان ކަން ދޫކޮށް، ކާފަރުކަން إختيار ކުރާ ކޮންމެ މީހަކު އަޅުކަންކުރާނީ އޭނާގެ هوى نفس އަށެވެ. އެމީހަކަށް ފެންނަ އެއްޗަކަށެވެ. އޭނާ إيمان ކަމާއި، ތެދުމަގު إختيار ނުކުރިކަމަށް ޓަކައި ﷲ އޭނާ މަގުފުރައްދަވައެވެ. އޭނާގެ އިވުމާއި، ފެނުމާއި، އަދި ހިތުގައި ﷲ ސިއްކަ ޖައްސަވައެވެ. އެބަހީ ހެޔޮބަހެއް އިވުމުގެ، ހެޔޮ އެއްޗެއް ފެނުމުގެ، އަދި ހެޔޮ އެއްޗެއް ވިސްނުމުގެ توفيق އެއް އޭނާއަކަށް ނުހުންނާނެއެވެ. އަލުންވެސް ﷲ އޭނާއަށް ތެދުމަގު ދެއްކެވިއްޔާ މެނުވީ އޭނާއަކަށް ތެދުމަގު ނުލިބޭނެއެވެ.)
Verse 24
وَقَالُوا۟ مَا هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَآ إِلَّا ٱلدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ
Transliteration waqālū mā hiya illā ḥayātunā l-dun'yā namūtu wanaḥyā wamā yuh'likunā illā l-dahru wamā lahum bidhālika min ʿil'min in hum illā yaẓunnūna
Dhivehi އަދި އެ ކާފަރުން ބުނެއެވެ. މި ދުނިޔޭގެ حياة ނޫން ދެން އެހެން حياة އެއް، އަހުރެމެންނަކަށް ނުވެއެވެ. އެ حياة ގައި އެއްބަޔަކު ދިރި، އަނެއް ބަޔަކު މަރުވަމުން ދަނީއެވެ. އަދި ޒަމާން މެނުވީ އަހުރެމެން ހަލާކު ކުރާ ކަމުގައި ނުވެއެވެ. އެބަހީ އެއްބަޔަކު ދިރި، އަނެއް ބަޔަކު މަރުވަމުން މިދަނީ ޒަމާނުގެ ދައުރު ކުރުމުންނެވެ. އެއީ ޒަމާނުގެ އާދައެވެ. އެއަކު އެހެން ކަމެއް ވަކި އޮތީއެއް ނޫނެވެ.\nއެހެން ނަމަވެސް އެމީހުން އެހެން ބުނަނީ އެއްވެސް دليل އެއް، އަދި އެނގުމެއް އެމީހުންނަށް އޮވެގެން ނޫނެވެ. ހަމަ ބުނާ ބުނުމެކެވެ. ހަމަ ހުސް ހީތަކެއް ކުރާ ބަޔަކު ކަމުގައި މެނުވީ އެމީހުން ނުވެއެވެ.
Verse 25
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ مَّا كَانَ حُجَّتَهُمْ إِلَّآ أَن قَالُوا۟ ٱئْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ
Transliteration wa-idhā tut'lā ʿalayhim āyātunā bayyinātin mā kāna ḥujjatahum illā an qālū i'tū biābāinā in kuntum ṣādiqīna
Dhivehi އަދި بيان ވެ، ފައުޅުވެގެންވާ އާޔަތްތައް އެމީހުންގެ މައްޗަށް ކިޔެވިއްޖެއްޔާވެސް އެމީހުން މިފަދައިން ބުނުން ނޫން އެހެން އެއްވެސް حجّة އެއް دليل އެއް ނުވެއެވެ. އެމީހުން ބުނެއެވެ. ތިޔަބައިމީހުން ތިޔަ ބުނަނީ ތެދެއް ކަމުގައި ވަންޏާ މަރުވެ ގޮސްފައިވާ އަހުރެމެންގެ ކާބަފައިން ނިކަން (ދިރުވައިގެން) ގެނަސްދީބަލާށެވެ. (އެމީހުންގެ حجّة އަކީ އެއީއެވެ. އެހެން އެއްވެސް دليل އެއް ނޯވެއެވެ. حقيقة ގައި އެއީ ކަމާ ނުބެހޭ ވާހަކައެކެވެ. އެހެނީ ދިރުއްވައި، އެއްކުރައްވާނޭ ކަމަށް އަންގަވަނީ قيامة ދުވަހުންނެވެ. ދުނިޔޭގައި ދެވަނަ ފަހަރަށް ދިރުއްވާ ވާހަކައެއް ނާންގަވައެވެ.
Verse 26
قُلِ ٱللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
Transliteration quli l-lahu yuḥ'yīkum thumma yumītukum thumma yajmaʿukum ilā yawmi l-qiyāmati lā rayba fīhi walākinna akthara l-nāsi lā yaʿlamūna
Dhivehi (އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (ދުނިޔޭގައި ކަލޭމެންގެ އަސަރުވެސް ނެތީސް) ކަލޭމެން ދިރުއްވަނީ ﷲ އެވެ. ދެން ދުނިޔޭގައި އުޅެ، ކަލޭމެންގެ عمر ހަމަވުމުން މަރުއްވަނީވެސް ހަމަ އެކަލާނގެއެވެ. (ކުރި عمل ތަކަށް ދެން ހިސާބު ބައްލަވައި، ޖަޒާދެއްވުމަށް) ކަލޭމެން އެއްކުރައްވާ، محشر ކުރައްވާނީވެސް ހަމަ އެކަލަނގެއެވެ. އެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ. އެހެން ނަމަވެސް ގިނަ މީހުންނަކަށް އެކަމެއް ނޭނގެއެވެ.
Verse 27
وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَخْسَرُ ٱلْمُبْطِلُونَ
Transliteration walillahi mul'ku l-samāwāti wal-arḍi wayawma taqūmu l-sāʿatu yawma-idhin yakhsaru l-mub'ṭilūna
Dhivehi އަދި އުޑުތަކާއި، ބިމުގެ މުޅި ملك - (އެންމެހައި ތަކެތި) - خاصّ ވެ، މިލްކުވެގެން ވަނީ ހަމަ ﷲ އަށެވެ. (އެ ތަކެއްޗަކީ އެކަލާނގެ ތަކެއްޗެވެ. އެކަލާނގެއީ އެތަކެތީގެ ވެރިޔާއެވެ.) އަދި قيامة قائم ވާ ދުވަހުން ދޮގުވެރީންނާއި، ކާފަރުންނާއި، އަދި އެންމެހައި باطل عقيدة ތަކުގެ أهل ވެރީން ގެއްލި ހަލާކުވާ ހުއްޓެވެ.
Verse 28
وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰٓ إِلَىٰ كِتَـٰبِهَا ٱلْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
Transliteration watarā kulla ummatin jāthiyatan kullu ummatin tud'ʿā ilā kitābihā l-yawma tuj'zawna mā kuntum taʿmalūna
Dhivehi އަދި ކޮންމެ ދީނެއްގެ، އަދި ކޮންމެ ملّة އެއްގެ أهل ވެރި ބަޔަކުވެސް قيامة ދުވަހުން ކަލޭގެފާނު ދެކެވަޑައިގަންނަވާހީ ކަކުލާއި، ފައިގެ އިނގިލިތަކާ އެކަނި ބިންމަތީ ޖައްސައިގެން އިށީނދެގެން ވަނިކޮށެވެ. (އެއީ އެދުވަހުގެ ބިރުވެރިކަމާއި، ނުރައްކާކަމުންނެވެ. حساب ބައްލަވާއިރުވެސް ތިބޭނީ އެގޮތަށެވެ.) އަދި ކޮންމެ أمّة އަކަށްވެސް އެ أمّة އަކަށް ބާވައިލެއްވުނު ފޮތުގެ ނަމުން ގޮވޭނެއެވެ. އަދި އެމީހުންނަށް އެންގޭނެއެވެ. ތިޔަބައިމީހުން ދުނިޔޭގައި ކުރި ކަންތަކަށް މިއަދު ތިޔަބައިމީހުންނަށް جزاء ދެއްވޭނެއެވެ.
Verse 29
هَـٰذَا كِتَـٰبُنَا يَنطِقُ عَلَيْكُم بِٱلْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ
Transliteration hādhā kitābunā yanṭiqu ʿalaykum bil-ḥaqi innā kunnā nastansikhu mā kuntum taʿmalūna
Dhivehi އަދި މިއޮތީ ތިމަން ރަސްކަލާނގެ ފަތެވެ. (އެބަހީ މަލާއިކަތް ބޭކަލުން ލައްވައި ތިމަން ރަސްކަލާނގެ ލިޔުއްވި ކަލޭމެންގެ عمل ގެ ފަތެވެ.) އެ ފަތް ހަމަ حقّ ގޮތުގައި ކަލޭމެންގެ މައްޗަށް ބަސްބުނާނެއެވެ.
Verse 30
فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُدْخِلُهُمْ رَبُّهُمْ فِى رَحْمَتِهِۦ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْمُبِينُ
Transliteration fa-ammā alladhīna āmanū waʿamilū l-ṣāliḥāti fayud'khiluhum rabbuhum fī raḥmatihi dhālika huwa l-fawzu l-mubīnu
Dhivehi ފަހެ إيمان ވެގެން صالح عمل ތައް ކުރި މީހުން ދަންނައެވެ. އެބައިމީހުންގެ ربّ އެކަލާނގެ رحمة ގެ ތެރެއަށް، އެބަހީ ސުވަރުގެއަށް އެމީހުން ވައްދަވާ ހުއްޓެވެ. بيان ވެގެންވާ ނަސީބަކީ އެއީއެވެ.
Verse 31
وَأَمَّا ٱلَّذِينَ كَفَرُوٓا۟ أَفَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَٱسْتَكْبَرْتُمْ وَكُنتُمْ قَوْمًا مُّجْرِمِينَ
Transliteration wa-ammā alladhīna kafarū afalam takun āyātī tut'lā ʿalaykum fa-is'takbartum wakuntum qawman muj'rimīna
Dhivehi އަދި ކާފަރުވެއްޖެ މީސްތަކުން ދަންނައެވެ. އެމީހުންނަށް އެދުވަހުން އެންގޭނެއެވެ. (ކަލޭމެން ދުނިޔޭގައި ތިބިއިރު) ތިމަން ރަސްކަލާނގެ އާޔަތްތައް ތިޔަބައިމީހުންގެ މައްޗަށް ކިޔެވޭކަމުގައި ނުވޭ ހެއްޔެވެ؟ (އެބަހީ ކިޔެވޭކަމުގައި ވިއެވެ.) ދެން ތިޔަބައިމީހުން އެއަށް ބޮޑާވެ، كبر ވެރިވީއެވެ. އަދި ތިޔަބައިމީހުން ވީ ފާފަވެރި، ނުބައި مجرم ން ކަމުގައެވެ.
Verse 32
وَإِذَا قِيلَ إِنَّ وَعْدَ ٱللَّهِ حَقٌّ وَٱلسَّاعَةُ لَا رَيْبَ فِيهَا قُلْتُم مَّا نَدْرِى مَا ٱلسَّاعَةُ إِن نَّظُنُّ إِلَّا ظَنًّا وَمَا نَحْنُ بِمُسْتَيْقِنِينَ
Transliteration wa-idhā qīla inna waʿda l-lahi ḥaqqun wal-sāʿatu lā rayba fīhā qul'tum mā nadrī mā l-sāʿatu in naẓunnu illā ẓannan wamā naḥnu bimus'tayqinīna
Dhivehi އަދި ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ އެކެވެ. (އެބަހީ މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި، محشر ކުރެއްވުމުގެ وعد ފުޅު އެއީ حقّ އެކެވެ.) އަދި قيامة ދުވަހަކީ ޝައްކެއް ނެތި އަންނާނޭ ދުވަހެކެވެ. މިހެން ތިޔަބައިމީހުންނަށް ބުނެވިއްޖެއްޔާ ތިޔަބައިމީހުން ބުނެއެވެ. قيامة ދުވަސް އެއީ ކޮން ދުވަހެއްކަމެއް އަހުރެމެންނަކަށް ނޭނގެއެވެ. އެއީ ހަމަ ހީކޮށްގެން ދައްކާ ވާހަކައެއް ކަމުގައި މެނުވީ އަހުރެމެން ހީނުކުރަމެވެ. އަދި އެ ދުވަސް އެއީ އަންނާނޭ ދުވަހެއްކަން يقين ކުރާ ބަޔަކު ކަމުގައި އަހުރެމެން ނުވަމުއެވެ.
Verse 33
وَبَدَا لَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Transliteration wabadā lahum sayyiātu mā ʿamilū waḥāqa bihim mā kānū bihi yastahziūna
Dhivehi އަދި އެދުވަހުން އެމީހުން ދުނިޔޭގައި ކުރި ކަންތަކުގެ ނުބައިކަން އެމީހުންނަށް ފައުޅުވާނެއެވެ. އަދި އެކަމާމެދު އެމީހުން މަލާމާތްކޮށް، ފުރައްސާރަކުރި ކަންތައް އެމީހުން ވަށައިލާނެއެވެ. އެއެއްޗަކީ عذاب އެވެ.
Verse 34
وَقِيلَ ٱلْيَوْمَ نَنسَىٰكُمْ كَمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ
Transliteration waqīla l-yawma nansākum kamā nasītum liqāa yawmikum hādhā wamawākumu l-nāru wamā lakum min nāṣirīna
Dhivehi އަދި (އެމީހުން ނަރަކައިގެ ގަދަ عذاب ގައި ތެޅިފޮޅި، ހަޅޭލަވަމުން ދާހިނދު) އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން ދުނިޔޭގައި ތިބިއިރު، މި ދުވަހާ ބައްދަލުވާނޭކަން ހަނދާން ނައްތައިލި ފަދައިން ތިމަން ރަސްކަލާނގެވެސް މިއަދު ކަލޭމެން (ނަރަކައަށް ލުމަށްފަހު) ކަލޭމެންގެ މަތީން ހަނދާން ނައްތާލާ ހުށީމެވެ. އަދި ކަލޭމެންގެ ތަނަކީ ހަމަ ނަރަކައެވެ. އަދި ކަލޭމެންނަށް نصر ދީ، އެހީވާނޭ އެކަކުވެސް ނުވާނެއެވެ.
Verse 35
ذَٰلِكُم بِأَنَّكُمُ ٱتَّخَذْتُمْ ءَايَـٰتِ ٱللَّهِ هُزُوًا وَغَرَّتْكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ
Transliteration dhālikum bi-annakumu ittakhadhtum āyāti l-lahi huzuwan wagharratkumu l-ḥayatu l-dun'yā fal-yawma lā yukh'rajūna min'hā walā hum yus'taʿtabūna
Dhivehi ކަލޭމެންނަށް ތިޔަހެން ތިޔަވީ ކަލޭމެން (ދުނިޔޭގައި ތިބިއިރު) ﷲ ގެ އާޔަތްތަކަކީ އެއީ ކުޅޭކުޅޭ އެއްޗަކަށް ހަދައިލައި، އެއީ މަލާމާތްކުރެވޭ އެއްޗެއް ކަމުގައި ހަދައިލިކަމެވެ. އަދި ދުނިޔޭގެ ދިރިއުޅުން ކަލޭމެން ހައްލައި، އަވަދިކޮށްލީއެވެ. އެޔަށް ހެއްލިގަތީއެވެ.\nފަހެ ދެން މިއަދު އެމީހުން އެތަނުން، يعني ނަރަކައިން ނުނެރެވޭނެއެވެ. އަދި ﷲ ގެ ކިޔަމަންތެރިކަމުގެ ތެރެއަށް ވަނުމަށް އެދެވޭނޭ ބަޔަކު ކަމުގައި -އަދި ﷲ ރުހިވޮޑިގަންނަވާނޭ ގޮތަށް އުޅުމަށް އެދެވޭނޭ ބަޔަކު ކަމުގައި - އެމިހުން ނުވެއެވެ.
Verse 36
فَلِلَّهِ ٱلْحَمْدُ رَبِّ ٱلسَّمَـٰوَٰتِ وَرَبِّ ٱلْأَرْضِ رَبِّ ٱلْعَـٰلَمِينَ
Transliteration falillahi l-ḥamdu rabbi l-samāwāti warabbi l-arḍi rabbi l-ʿālamīna
Dhivehi ފަހެ އެންމެހައި حمد އާއި، تعريف އާއި، ثناء އެއް حقّ ވެގެން ވަނީ ހަމަ ﷲ އަށެވެ. އެއީ އުޑުތަކުގެ ވެރި ربّ އެވެ. އަދި ބިމުގެވެސް ربّ އެވެ. އަދި އެންމެހައި عالم ތަކުގެ ވެރި ربّ އެވެ.
Verse 37
وَلَهُ ٱلْكِبْرِيَآءُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
Transliteration walahu l-kib'riyāu fī l-samāwāti wal-arḍi wahuwa l-ʿazīzu l-ḥakīmu
Dhivehi އަދި އުޑުތަކާއި، ބިމުގައިވެސް ކީރިތިކަމާއި، މާތްކަމާއި، كبرياء ވަންތަކަން خاصّ ވެގެން ވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ عزّة ވަންތަ، حكمة ވަންތަ ކަލާނގެއެވެ.
Read Surah Al-Jathiyah in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.