Surah Al-Hijr in Dhivehi: translation and audio
Surah 15 · الحجر · The Rocky Tract · 99 verses
Surah Al-Hijr verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Hijr word by word in English.
Verse 1
الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ وَقُرْءَانٍ مُّبِينٍ
Transliteration alif-lam-ra til'ka āyātu l-kitābi waqur'ānin mubīnin
Dhivehi ބައެއް ސޫރަތް ފެށޭތާނގައިވާ الر ފަދަ ވަކިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އެއީ إلهى ސިއްރުތަކެކެވެ. ދަންނަބޭކަލުން ފައުޅުކޮށްފައިވަނީ خيال ތަކެކެވެ.\nމިއީ ފޮތުގެ އާޔަތްތަކެވެ. (މިތާ މިވާ ފޮތުގެ މުރާދަކީ قرآن ގެ ކުރިން ބާވައިލައްވާފައިވާ توراة، إنجيل ފަދަ ފޮތްފޮތްކަމުގައި ބައެއް مفسّر ން ވިދާޅުވިއެވެ. އޭގެތެރޭގައި أبوجعفر الطبري ވެއެވެ. އަދި އެއީ ހަމަ ސީދާ قرآن ކަމުގައި ވިދާޅުވާ ބޭކަލުންވެއެވެ. އޭގެތެރޭގައި إلإمام الشوكانى ވެއެވެ.) އަދި މިއީ ތެދުމަގާއި هداية ބަޔާންކޮށްދޭ قرآن އެވެ.
Verse 2
رُّبَمَا يَوَدُّ ٱلَّذِينَ كَفَرُوا۟ لَوْ كَانُوا۟ مُسْلِمِينَ
Transliteration rubamā yawaddu alladhīna kafarū law kānū mus'limīna
Dhivehi ކާފަރުވީ މީސްތަކުންވެސް އެމީހުން مسلم ން ކަމުގައި ވުމަށް ލޯބިކުރެއެވެ. • ދަންނައެވެ! قيامة ދުވަހުން - قبلة ގެ أهل ވެރިންނަށް ކުރެވިފައިވާ ބައެއް ކުށުގެ ސަބަބުން ނަރަކައަށް ވެއްދެވީމާ ނަރަކައިގައި ތިބި ކާފަރުން އެމީހުންނާ ދިމާކޮށް إسلام ވުމުން ވީފައިދާއަކީ ކޮބައިތޯ އަހައި ދިމާކުރުމުން ﷲ تعالى އެ إسلام ން ނަރަކައިން ނެރުއްވާ ވަގުތު ކާފަރުންވެސް مسلم ންކަމުގައި ވީނަމަ ރަނގަޅޭ ހިތަށް އަރާނެއެވެ. އިސްވެދިޔަ އާޔަތުން އެ އިޝާރާތްވަނި އެކަމަށެވެ. والله أعلم.
Verse 3
ذَرْهُمْ يَأْكُلُوا۟ وَيَتَمَتَّعُوا۟ وَيُلْهِهِمُ ٱلْأَمَلُ ۖ فَسَوْفَ يَعْلَمُونَ
Transliteration dharhum yakulū wayatamattaʿū wayul'hihimu l-amalu fasawfa yaʿlamūna
Dhivehi (އޭ رسول ﷲ އެވެ!) އެ مشرك ންގެމީހުން ކައިބޮއިހަދާ މަޖާނަގައި އަދި އެމީހުންގެ أمّيد ތަކާއި އަދި خيال ތައް ކުރުމަށް ކަލޭގެފާނު އެމީހުން ދޫކޮށްލައްވާށެވެ! ނިކަންހުރެ އެކަމުގެ (ނަތީޖާ) އެމީހުންނަށް އެނގިދާނެއެވެ.
Verse 4
وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا وَلَهَا كِتَابٌ مَّعْلُومٌ
Transliteration wamā ahlaknā min qaryatin illā walahā kitābun maʿlūmun
Dhivehi އަދި ތިމަންރަސްކަލާނގެ ހަލާކު ކުރެއްވި އެއްވެސް أمّة އެއް އެ أمّة އެއް ހަލާކު ކުރެއްވުމަށް ކަނޑައެޅި عَيّن ވެގެންވާ ވަކި ވަގުތެއް ލައްވާފައިމެނުވީ ނުވެއެވެ. (އެބަހީ: ކޮންމެ أمّة އެއް ހަލާކު ކުރެއްވުމަށްވެސް ތިމަންރަސްކަލާނގެ ވަގުތެއް ކަނޑައެޅުއްވީމެވެ.)
Verse 5
مَّا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ
Transliteration mā tasbiqu min ummatin ajalahā wamā yastakhirūna
Dhivehi އަދި އެއްވެސް أمّة އެއް އެ أمّة އަކަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ އިސްނުވެއެވެ. އަދި ފަސްވެސް ނުވެއެވެ.
Verse 6
وَقَالُوا۟ يَـٰٓأَيُّهَا ٱلَّذِى نُزِّلَ عَلَيْهِ ٱلذِّكْرُ إِنَّكَ لَمَجْنُونٌ
Transliteration waqālū yāayyuhā alladhī nuzzila ʿalayhi l-dhik'ru innaka lamajnūnun
Dhivehi އަދި مكّة ގެ مشرك ން (رسول ﷲ ﷺ އަށް) ދެންނެވިއެވެ. އޭ قرآن އެބޭކަލެއްގެ މައްޗަށް ބާވައިލެއްވި ކަލޭގެފާނެވެ! ހަމަކަށަވަރުން ކަލޭގެފާނަކީ މޮޔައެކެވެ. مَجْنُون އެކެވެ.
Verse 7
لَّوْ مَا تَأْتِينَا بِٱلْمَلَـٰٓئِكَةِ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Transliteration law mā tatīnā bil-malāikati in kunta mina l-ṣādiqīna
Dhivehi ކަލޭގެފާނު އަހުރެމެންގެގާތަށް މަލާއިކަތްބޭކަލަކާ އެކު ވަޑައިގެންނެވިނަމައެވެ. (ނުވަތަ ކަލޭގެފާނުންގެ رسول ކަން ތެދުކަމުގެ މައްޗަށް دليل އެއްގެގޮތުން ملائكة އާ ނުގެންނެވީ ކީއްވެތޯއެވެ؟) ކަލޭގެފާނު ތިޔައީ ތެދުވެރިއެއްކަމުގައިވަންޏާ އެހެން ނުހެއްދެވީ ކީއްވެތޯއެވެ؟
Verse 8
مَا نُنَزِّلُ ٱلْمَلَـٰٓئِكَةَ إِلَّا بِٱلْحَقِّ وَمَا كَانُوٓا۟ إِذًا مُّنظَرِينَ
Transliteration mā nunazzilu l-malāikata illā bil-ḥaqi wamā kānū idhan munẓarīna
Dhivehi (އޭގެ جواب ގައި ﷲ އެ އަންގަވަނީ) حقّ ގޮތުގައިމެނުވީ ތިމަންރަސްކަލާނގެ ملائكة އާ ނުފޮނުއްވަމެވެ. ދެން ملائكة އާ ފޮނުއްވައިފިއްޔާ ދެން އެބަޔަކަށް ތަންވަޅެއް ނުވާނެއެވެ. (ހަލާކުވެ ނިމިދާނެއެވެ.)
Verse 9
إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَـٰفِظُونَ
Transliteration innā naḥnu nazzalnā l-dhik'ra wa-innā lahu laḥāfiẓūna
Dhivehi ހަމަކަށަވަރުން قرآن ބާވައިލެއްވީ ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ އެ قرآن ރައްކާތެރިކުރައްވާހުށީމެވެ.
Verse 10
وَلَقَدْ أَرْسَلْنَا مِن قَبْلِكَ فِى شِيَعِ ٱلْأَوَّلِينَ
Transliteration walaqad arsalnā min qablika fī shiyaʿi l-awalīna
Dhivehi (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީމެވެ.
Verse 11
وَمَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Transliteration wamā yatīhim min rasūlin illā kānū bihi yastahziūna
Dhivehi އަދި އެއިން އެއްވެސް أمّة އަކަށް رسول ބޭކަލަކު ވަޑައިގެންފިއްޔާ އެމީހުން އެބޭކަލަކަށް މަލާމާތްކޮށް ގޮއްވާހަދާފައި މެނުވީ ނުވެއެވެ. (އެބަހީ: ކޮންމެ ބޭކަލަކާމެދުވެސް އެ أمّة ތަކުގެ ބަޔަކު މަލާމާތްކޮށް ހަދައެވެ.)
Verse 12
كَذَٰلِكَ نَسْلُكُهُۥ فِى قُلُوبِ ٱلْمُجْرِمِينَ
Transliteration kadhālika naslukuhu fī qulūbi l-muj'rimīna
Dhivehi مجرم ންގެ ހިތްތަކުގައި (ނުބައިނުލަފާ މީހުންގެ ހިތްތަކުގައި) ތިމަންރަސްކަލާނގެ (މަގުފުރެދުން) ލައްވަނީ އެފަދައިންނެވެ.
Verse 13
لَا يُؤْمِنُونَ بِهِۦ ۖ وَقَدْ خَلَتْ سُنَّةُ ٱلْأَوَّلِينَ
Transliteration lā yu'minūna bihi waqad khalat sunnatu l-awalīna
Dhivehi އެމީހުން އެ قرآن ތެދު ނުކުރެއެވެ. އެފޮތަށް އީމާން ނުވެއެވެ. އަދި ހަމަކަށަވަރުން އެފަދަ މީސްތަކުން އިސްވެދިޔަ أمّة ތަކުގައި އިސްވެހިނގައްޖެއެވެ.
Verse 14
وَلَوْ فَتَحْنَا عَلَيْهِم بَابًا مِّنَ ٱلسَّمَآءِ فَظَلُّوا۟ فِيهِ يَعْرُجُونَ
Transliteration walaw fataḥnā ʿalayhim bāban mina l-samāi faẓallū fīhi yaʿrujūna
Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އުޑުން ދޮރެއް ހުޅުއްވައިލައްވައިފި ނަމަ އަދި އެދޮރުން އެމީހުން މައްޗަށް އަރާކަމުގައިވެފައި އެމީހުން އެތަން ދުއްނަމަވެސް އެމީހުން ބުނާނެއެވެ.
Verse 15
لَقَالُوٓا۟ إِنَّمَا سُكِّرَتْ أَبْصَـٰرُنَا بَلْ نَحْنُ قَوْمٌ مَّسْحُورُونَ
Transliteration laqālū innamā sukkirat abṣārunā bal naḥnu qawmun masḥūrūna
Dhivehi "އަހުރެމެންގެ ލޯތައް މިވަނީ ފެނުން ނުބައިވެ މަސްތުވެފައެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެންނަކީ سِحْرُ ޖެހިފައިވާ ބައެކެވެ. (މިފެންނަ ފެނުމަކީ حقّ އެއްނޫނެވެ.) "
Verse 16
وَلَقَدْ جَعَلْنَا فِى ٱلسَّمَآءِ بُرُوجًا وَزَيَّنَّـٰهَا لِلنَّـٰظِرِينَ
Transliteration walaqad jaʿalnā fī l-samāi burūjan wazayyannāhā lilnnāẓirīna
Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އުޑުގައި بُرُجُ ތަކެއްލެއްވީމެވެ. (އެއީ އިރުހަނދާއި ތަރިތައް އަރާއޮއްސުމަށާއި އެތަކެތި ދަތުރުކުރުމަށްވާ މަންޒިލްތަކެވެ. ދަނޑިތަކެވެ.) އަދި ބަލާމީހުންނަށް ރީތިވާގޮތަށް އެއުޑު ތިމަންރަސްކަލާނގެ ޒީނަތްތެރިކުރެއްވީމެވެ.
Verse 17
وَحَفِظْنَـٰهَا مِن كُلِّ شَيْطَـٰنٍ رَّجِيمٍ
Transliteration waḥafiẓ'nāhā min kulli shayṭānin rajīmin
Dhivehi އަދި رحمة ން ބޭރުކުރެވި لعنة ލެއްވިފައިވާ ކޮންމެ شيطان އެއްގެފަރާތުން ތިމަންރަސްކަލާނގެ އެއުޑު ސަލާމަތްކުރެއްވީމެވެ.
Verse 18
إِلَّا مَنِ ٱسْتَرَقَ ٱلسَّمْعَ فَأَتْبَعَهُۥ شِهَابٌ مُّبِينٌ
Transliteration illā mani is'taraqa l-samʿa fa-atbaʿahu shihābun mubīnun
Dhivehi އެހުމުން ވައްކަންކުރި شيطان އެއްމެނުވީއެވެ. ފަހެ އެފަދަ شيطان އަކާއި ދިމާއަށް އޭގެއަސަރު ނުފިލާވަރުގެ އަސަރުގަދަ ގިނިހިލައެއް ފޮނުއްވައިލައްވަމެވެ. (އޭތީގެ ގައިގާ ގިނިހިލައިން ޖަހާ އެސޮރު ހަލާކުކޮށްލައްވައެވެ.)
Verse 19
وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ شَىْءٍ مَّوْزُونٍ
Transliteration wal-arḍa madadnāhā wa-alqaynā fīhā rawāsiya wa-anbatnā fīhā min kulli shayin mawzūnin
Dhivehi އަދި ބިންގަނޑު (ދަންނައެވެ!) ތިމަންރަސްކަލާނގެ އެބިންގަނޑު ދައްމަވާ ފެތުރުއްވީމެވެ. އަދި އެބިންގަނޑުގައި ތިމަންރަސްކަލާނގެ ފަރުބަދަތައް ޖައްސަވައި ހަރުކުރެއްވީމެވެ. އަދި އެބިންގަނޑުގައި ކޮންމެއެއްޗެއް ކަނޑައެޅި عَيَّن ވެގެންވާ ވަކި މިންވަރަކަށް ވަކި قواعد އަކުން ލެއްވީމެވެ.
Verse 20
وَجَعَلْنَا لَكُمْ فِيهَا مَعَـٰيِشَ وَمَن لَّسْتُمْ لَهُۥ بِرَٰزِقِينَ
Transliteration wajaʿalnā lakum fīhā maʿāyisha waman lastum lahu birāziqīna
Dhivehi އަދި ތިމަންރަސްކަލާނގެ އެބިމުގައި ކަލޭމެންގެ ދިރިއުޅުން ލެއްވީމެވެ. އަދި އެމީހުންނާ އެތަކެއްޗަށް ކަލޭމެން ރިޒުގުދޭން ނުޖެހޭތަކެތީގެ އަދި މީހުންގެ ދިރިއުޅުންވެސް އެތާނގައި ލެއްވީމެވެ. (އެއީ އެންމެހައި ތަކެތީގެ ދިރިއުޅުން އެތާ ލެއްވި ވާހަކައެވެ.) والله أعلم.
Verse 21
وَإِن مِّن شَىْءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٍ مَّعْلُومٍ
Transliteration wa-in min shayin illā ʿindanā khazāinuhu wamā nunazziluhu illā biqadarin maʿlūmin
Dhivehi އަދި އެއްވެސްއެއްޗެއް އެއެއްޗެއްގެ خزانة ތިމަންރަސްކަލާނގެ حضرة ގައިވާ މެނުވީ ނުވެއެވެ. އެބަހީ: ކޮންމެ އެއްޗެއްގެ خزانة ވެސް ތިމަންރަސްކަލާނގެ حضرة ގައިވެއެވެ. އަދި ކަނޑައެޅި އެނގިގެންވާ މިންވަރަކަށްމެނުވީ ތިމަންރަސްކަލާނގެ އެތަކެތި ބާވައިނުލައްވަމެވެ. (ވާރޭވެސް ހަމައެފަދައެވެ.)
Verse 22
وَأَرْسَلْنَا ٱلرِّيَـٰحَ لَوَٰقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً فَأَسْقَيْنَـٰكُمُوهُ وَمَآ أَنتُمْ لَهُۥ بِخَـٰزِنِينَ
Transliteration wa-arsalnā l-riyāḥa lawāqiḥa fa-anzalnā mina l-samāi māan fa-asqaynākumūhu wamā antum lahu bikhāzinīna
Dhivehi އަދި ވިލާގަނޑުގެ ފެނާއި ގަސްގަހުގެ މޭވާ تَلْقِيْحُ ކޮށް ފައްކާކުރާ ވައި ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ދެން ތިމަންރަސްކަލާނގެ އުޑުން (މަތިން) ވާރޭފެން ބާވައިލައްވަމެވެ. ދެން އެފެން ތިމަންރަސްކަލާނގެ ކަލޭމެނަށް ބޯންދެއްވަމެވެ. އަދި އެފެން ބިމުގައި خزانة ކޮށް ޖަމާކުރެވޭނެބަޔަކު ކަމުގައި ކަލޭމެން ނުވެއެވެ. ނުވަތަ އެވާރޭފެން އަޔަނުދީ ހިފެހެއްޓޭނެ ބަޔަކު ކަމުގައި ކަލޭމެން ނުވެއެވެ. މިދެތަރުޖަމާވެއެވެ.
Verse 23
وَإِنَّا لَنَحْنُ نُحْىِۦ وَنُمِيتُ وَنَحْنُ ٱلْوَٰرِثُونَ
Transliteration wa-innā lanaḥnu nuḥ'yī wanumītu wanaḥnu l-wārithūna
Dhivehi އަދި ހަމަކަށަވަރުން ތަކެތި ދިރުއްވާ މަރުއްވަނީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި ހުރިހާތަކެތި ވާރުތަކުރައްވާނީ ހަމަ ތިމަންރަސްކަލާނގެއެވެ.
Verse 24
وَلَقَدْ عَلِمْنَا ٱلْمُسْتَقْدِمِينَ مِنكُمْ وَلَقَدْ عَلِمْنَا ٱلْمُسْتَـْٔخِرِينَ
Transliteration walaqad ʿalim'nā l-mus'taqdimīna minkum walaqad ʿalim'nā l-mus'takhirīna
Dhivehi އަދި ކަލޭމެން ކުރެން ކުރިން މަރުވެ ހަލާކުވެގެންދިޔަމީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ކަލޭމެންކުރެ ފަހުން އައިސް މަރުވާނެމީހުންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
Verse 25
وَإِنَّ رَبَّكَ هُوَ يَحْشُرُهُمْ ۚ إِنَّهُۥ حَكِيمٌ عَلِيمٌ
Transliteration wa-inna rabbaka huwa yaḥshuruhum innahu ḥakīmun ʿalīmun
Dhivehi (އޭ رسول ﷲ އެވެ!) އެހުރިހާ މީހުން قيامة ދުވަހުން އެއްކުރައްވާނީ، محشر ކުރައްވާނީ ހަމަ ކަލޭގެފާނުންގެ ربّ އެވެ. ހަމަކަށަވަރުން އެކަލާނގެއީ حكمة ވަންތަ އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 26
وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن صَلْصَـٰلٍ مِّنْ حَمَإٍ مَّسْنُونٍ
Transliteration walaqad khalaqnā l-insāna min ṣalṣālin min ḥama-in masnūnin
Dhivehi އަދި تَغَيَّرُ ވެ ނުބައިވަސްދުވާ ކަޅުމަށީގެތެރެއިން ޖަހައިލީމާ އެއިން އަޑުއިވޭ ހަރުމަށިން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. • ދަންނައެވެ! آدم عليه السّلام ހެއްދެވުނު މައްޓާ ބެހޭގޮތުން އައިސްފައިވާ لفظ ތައް ތަފާތުކޮށް އައިސްފައިވެއެވެ. تُرَابُ - طِيْن - حمإ مَسْنُوْن - صَلْصال - މި لفظ ތައް އައިސްފައިވަނީ އެކި ސޫރަތުގައެވެ. ދެންފަހެ މި لفظ ތައް ترجمة ކުރެއްވި ބޭކަލުންގެ ވާހަކަތަކުން އެނގެނީ تُرَاب (ނުވަތަވެލި) ފެނާއެކުވީމާ ކިޔަނީ طِيْن އެވެ. (އެއީ މަށްޓެވެ.) ދެން އެމަށި ގިނައިރުވެ މުޅަވެ ވަސްނުބައިވީމާ އެއީ، حَمإ مَسْنُون އެވެ. (ނުބައިވަސްދުވާ ކަޅުމަށި) ދެން އެހެންހުރެ ގިނައިރު ހުރެ ހަރުވެ ގަދަވީމާ އެއީ صَلْصال އެވެ. މިއީ އެކަލޭގެފާނު ހެއްދެވުނު މަށްޓަށް އައި އެކިއެކި ދައުރެވެ. والله أعلم = زُبْدَة التّفسير =
Verse 27
وَٱلْجَآنَّ خَلَقْنَـٰهُ مِن قَبْلُ مِن نَّارِ ٱلسَّمُومِ
Transliteration wal-jāna khalaqnāhu min qablu min nāri l-samūmi
Dhivehi އަދި އެކަލޭގެފާނުން ހެއްދެވުމުގެކުރިން ތިމަންރަސްކަލާނގެ ޖިންނީންގެ ބައްޕަ جَانُّ އަލިފާނުގެ ހޫނުވައިން ނުވަތަ އަލިފާނުގެ ސާފު ހުޅުގަނޑުން ހެއްދެވީމެވެ.
Verse 28
وَإِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى خَـٰلِقٌۢ بَشَرًا مِّن صَلْصَـٰلٍ مِّنْ حَمَإٍ مَّسْنُونٍ
Transliteration wa-idh qāla rabbuka lil'malāikati innī khāliqun basharan min ṣalṣālin min ḥama-in masnūnin
Dhivehi (އޭ رسول ﷲ އެވެ!) ملائكة ބޭކަލުންނަށް ކަލޭގެފާނުންގެ ربّ وحي ކުރެއްވި ހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލާނގެ وحي ކުރެއްވިއެވެ.) تَغَيَّر ވެ ވަސްނުބައިވެފައިވާ މަށީގެ ހަރުމަށިން ތިމަންރަސްކަލާނގެ އިންސާނަކު ހައްދަވާހުށީމެވެ.
Verse 29
فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَـٰجِدِينَ
Transliteration fa-idhā sawwaytuhu wanafakhtu fīhi min rūḥī faqaʿū lahu sājidīna
Dhivehi ދެންފަހެ ތިމަންރަސްކަލާނގެ އެއިންސާނާ ހައްދަވައި ފުރިހަމަކުރައްވައި އަދި ތިމަންރަސްކަލާނގެ رُوحُ ން އެއަށް ފުމެލައްވައި ފުރާނައަޅުއްވައިފިއްޔާ ތިޔަބޭކަލުން އެކަލޭގެފާނަށް سجدة ކުރުމަށް ތިރިވާށެވެ! (އޭނާޔަށް إحترام ކުރުމުގެގޮތުން سجدة ކުރާށެވެ!) ދެން އެކަލާނގެ އެކަލޭގެފާނު ހައްދަވާ ފުރިހަމަކުރެއްވުމުން.
Verse 30
فَسَجَدَ ٱلْمَلَـٰٓئِكَةُ كُلُّهُمْ أَجْمَعُونَ
Transliteration fasajada l-malāikatu kulluhum ajmaʿūna
Dhivehi ދެންފަހެ އެހުރިހާ ملائكة ބޭކަލުން އެކަލޭގެފާނަށް سجدة ކުރެއްވިއެވެ.
Verse 31
إِلَّآ إِبْلِيسَ أَبَىٰٓ أَن يَكُونَ مَعَ ٱلسَّـٰجِدِينَ
Transliteration illā ib'līsa abā an yakūna maʿa l-sājidīna
Dhivehi إبليس މެނުވީއެވެ. سجدة ކުރިމީހުންގެތެރޭވުމަށް އޭނާ މަނާވެގެންފިއެވެ. އެބަހީ: އޭނާ سجدة ނުކުރިއެވެ.
Verse 32
قَالَ يَـٰٓإِبْلِيسُ مَا لَكَ أَلَّا تَكُونَ مَعَ ٱلسَّـٰجِدِينَ
Transliteration qāla yāib'līsu mā laka allā takūna maʿa l-sājidīna
Dhivehi ﷲ تعالى وحي ކުރެއްވިއެވެ. "އޭ إبليس އެވެ! سجدة ކުރެއްވި ބޭކަލުންގެތެރެއިން ކަލޭ ނުވާންވީ ކީއްވެގެންހެއްޔެވެ؟ ކަލޭ سجدة ނުކުރާންވީ ކޮންކަމަކާހެދިހެއްޔެވެ؟"
Verse 33
قَالَ لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُۥ مِن صَلْصَـٰلٍ مِّنْ حَمَإٍ مَّسْنُونٍ
Transliteration qāla lam akun li-asjuda libasharin khalaqtahu min ṣalṣālin min ḥama-in masnūnin
Dhivehi އޭނާ ދެންނެވިއެވެ. "މުޅަވެ ނުބައިވަސްދުވާ މަށީގެ މަށިގަނޑަކުން އިބަރަސްކަލާނގެ ހައްދަވާފައިވާ مخلوق އަކަށް سجدة ކުރާނެ މީހަކުކަމުގައި މިއަޅާ ނުވެއެވެ."
Verse 34
قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ
Transliteration qāla fa-ukh'ruj min'hā fa-innaka rajīmun
Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. "ފަހެ ކަލޭ އެސުވަރުގެއިން ނުކުންނާށެވެ! ހަމަކަށަވަރުން ކަލެއަކީ رَجِيْمُ އެވެ." އެބަހީ: رحمة ން ބޭރުވެ لعنة ލެއްވިގެންވާ شيطان އެވެ.
Verse 35
وَإِنَّ عَلَيْكَ ٱللَّعْنَةَ إِلَىٰ يَوْمِ ٱلدِّينِ
Transliteration wa-inna ʿalayka l-laʿnata ilā yawmi l-dīni
Dhivehi "އަދި ހަމަކަށަވަރުން قيامة ދުވަހާއި ހަމައަށް ކަލެއަށް لعنة ލެއްވިގެންވެއެވެ."
Verse 36
قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ
Transliteration qāla rabbi fa-anẓir'nī ilā yawmi yub'ʿathūna
Dhivehi އެސޮރު ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! ފަހެ މީސްތަކުން محشر އަށް ފޮނުވޭދުވަހާ ހަމައަށް މިއަޅާއަށް مُهْلَة ދެއްވާނދޭވެ!"
Verse 37
قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ
Transliteration qāla fa-innaka mina l-munẓarīna
Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ކަލޭވަނީ مهلة ދެވިގެންވާ މީހުންގެތެރޭންނެވެ. އެހާ އަވަހަށް ކަލޭ މަރުނުވާނެއެވެ.
Verse 38
إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ
Transliteration ilā yawmi l-waqti l-maʿlūmi
Dhivehi އެއީ ކަނޑައެޅި عيّن ވެގެންވާ ވަގުތާއި ހަމައަށެވެ. އެއީ قيامة ދުވަހާއި ހަމައަށެވެ.
Verse 39
قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ
Transliteration qāla rabbi bimā aghwaytanī la-uzayyinanna lahum fī l-arḍi wala-ugh'wiyannahum ajmaʿīna
Dhivehi އޭނާ ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! އިބަރަސްކަލާނގެ މިއަޅާ މަގުފުރައްދަވާ رحمة ން ދުރުކުރެއްވިކަމަށްޓަކައި ހަމަކަށަވަރުން އެމީހުންނަށް ބިމުގައި (އުރެދުންތައް) ޒީނަތްތެރިކޮށްދޭ ހުށީމެވެ. އަދި އެހުރިހާ މީހުން އެކުގައި އަހުރެން މަގުފުރައްދާލާހުށީމެވެ.
Verse 40
إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ
Transliteration illā ʿibādaka min'humu l-mukh'laṣīna
Dhivehi އެމީހުންކުރެ އިބަރަސްކަލާނގެއަށް إخلاص ތެރި ތެދުވެރި އަޅުންމެނުވީއެވެ."
Verse 41
قَالَ هَـٰذَا صِرَٰطٌ عَلَىَّ مُسْتَقِيمٌ
Transliteration qāla hādhā ṣirāṭun ʿalayya mus'taqīmun
Dhivehi ﷲ وحي ކުރެއްވިއެވެ. "އެއީ ތިމަންރަސްކަލާނގެ މައްޗަށްވާ حقّ ސީދާމަގެވެ.
Verse 42
إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَـٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ
Transliteration inna ʿibādī laysa laka ʿalayhim sul'ṭānun illā mani ittabaʿaka mina l-ghāwīna
Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް إخلاص ތެރި ތެދުވެރި އަޅުންގެމައްޗަށް ކަލެއަށް އެއްވެސް ބާރެއް ނުވެއެވެ. ހަމައެކަނި حقّ މަގުންނެއްޓި މަގުފުރެދިގެންވާމީހުންކުރެ ކަލެޔާ تبع ވާ މީހެއްގެ މައްޗަށް މެނުވީ ކަލެއަށް ބާރެއް ނުވެއެވެ. (އެފަދަމީހުން ކަލެޔާ نبع ވާނެއެވެ.) "
Verse 43
وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ
Transliteration wa-inna jahannama lamawʿiduhum ajmaʿīna
Dhivehi އެހުރިހާމީހުންގެ مَوْعِدُ އަކީ އެމީހުންނަށް وَعْدُ ވެވިގެންވާ ތަނަކީ قيامة ދުވަހުން ހަމަ ނަރަކައެވެ.
Verse 44
لَهَا سَبْعَةُ أَبْوَٰبٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ
Transliteration lahā sabʿatu abwābin likulli bābin min'hum juz'on maqsūmun
Dhivehi އެނަރަކައަށް ހަތްދޮރުވެއެވެ. ހަތްބަތާނަވެއެވެ. އެއިން ކޮންމެ ބަތާނަޔަކަށް އެމީހުންކުރެ ބެހެވި ކަނޑައެޅިގެންވާ ބަޔަކުވެއެވެ. (އެއީ އެމީސްމީހުންގެ عمل ތަކާއި ފާފައިގެ ތަރުތީބުންނެވެ.)
Verse 45
إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَعُيُونٍ
Transliteration inna l-mutaqīna fī jannātin waʿuyūnin
Dhivehi ހަމަކަށަވަރުން تقوى ވެރި މާތްމީހުންނަށް قيامة ދުވަހުން ބަގީޗާތަކާއި އާރުތައްވެއެވެ. (ސުވަރުގެތަކާއި އެތަންތާނގައިވާ އެކިއެކި އާރުތަކެވެ.)
Verse 46
ٱدْخُلُوهَا بِسَلَـٰمٍ ءَامِنِينَ
Transliteration ud'khulūhā bisalāmin āminīna
Dhivehi (އެދުވަހުން އެމީހުންނަށް އެންގެވޭނެއެވެ.) ސަލާމަތްކަމާއި އަމާންކަމާ އެކު ކަލޭމެން އެސުވަރުގެތަކަށް ވަންނާށެވެ!
Verse 47
وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ إِخْوَٰنًا عَلَىٰ سُرُرٍ مُّتَقَـٰبِلِينَ
Transliteration wanazaʿnā mā fī ṣudūrihim min ghillin ikh'wānan ʿalā sururin mutaqābilīna
Dhivehi (އަދި ދުނިޔޭގައި އުޅުނުއިރު އޭގެތެރެއިން އެކަކުގެމައްޗަށް އަނެކެއްގެ ކިބައިގައިވާ) ރުޅިވެރިކަމާއި حسد ވެރިކަން އެމީހުންގެ ހިތްތަކުން ތިމަންރަސްކަލާނގެ ނަންގަވައި ދުރުކުރެއްވީމެވެ. އަދި އެނދުދާންކޮޅުތަކުގެ މަތީގައި އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިލައި އެމީހުން ތިބޭނީ أخ ން ކަމުގައިވާ حال ގައެވެ.
Verse 48
لَا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُم مِّنْهَا بِمُخْرَجِينَ
Transliteration lā yamassuhum fīhā naṣabun wamā hum min'hā bimukh'rajīna
Dhivehi އެމީހުންނަށް އެސުވަރުގޭގައި އެއްވެސް ވަރުބަލިކަމެއް ނުޖެހޭނެއެވެ. އަދި އެމީހުންއެސުވަރުގެއިން ނުކުންނާނޭ ބަޔަކުކަމުގައި ނުވެއެވެ. (އަދި ކިއެއްހެއްޔެވެ؟ دائمى ގޮތެއްގައި އަބަދާއަބަދު އެމީހުން އެސުވަރުގޭގައި އެ نعمة ގައި ދެމިތިބޭހުއްޓެވެ.)
Verse 49
۞ نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ
Transliteration nabbi ʿibādī annī anā l-ghafūru l-raḥīmu
Dhivehi (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު خبر ދެއްވާށެވެ! ތިމަންރަސްކަލާނގެއީ ހަމަކަނޑައެޅިގެން ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަން (އެއީ ތިމަންރަސްކަލާނގެއަށް توبة ވެ ވެވުނު ފާފައިގެމަތީ ދެމިނުތިބޭ މީހުންނަށެވެ.)
Verse 50
وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ
Transliteration wa-anna ʿadhābī huwa l-ʿadhābu l-alīmu
Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ عذاب އެއީ ގަދަފަދަ އަދި ވޭންދެނިވި އެއްޗެއްކަމާއި (އެއީ ފާފަކުރުންމަތީ توبة ނުވެ ދެމިތިބޭމީހުންނަށެވެ.)
Verse 51
وَنَبِّئْهُمْ عَن ضَيْفِ إِبْرَٰهِيمَ
Transliteration wanabbi'hum ʿan ḍayfi ib'rāhīma
Dhivehi އަދި ކަލޭގެފާނު އެމީހުންނަށް إبراهيم (عليه السّلام) ގެ މެހުމާނުންގެ خبر ދެއްވާށެވެ! (އެއީ އެކަލޭގެފާނުގެ އަރިހަށް ﷲ ފޮނުއްވި ملائكة ބޭކަލުންނެވެ.)
Verse 52
إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَـٰمًا قَالَ إِنَّا مِنكُمْ وَجِلُونَ
Transliteration idh dakhalū ʿalayhi faqālū salāman qāla innā minkum wajilūna
Dhivehi އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވިހިނދުން އެބޭކަލުން سلام ވިދާޅުވިއެވެ. އަދި އެކަލޭގެފާނު (سلام ރައްދުކުރައްވާފައި) ވިދާޅުވިއެވެ. "ހަމަކަށަވަރުން އަހުރެމެން މިވަނީ ތިޔަބޭކަލުންގެ ފަރާތުން ބިރުންނެވެ." (އެކަލޭގެފާނު އެހެން ވިދާޅުވީ އެއީ ކޮންބައެއްކަން އެނގިވަޑައިނުގެންނެވިހިނދުންނެވެ.)
Verse 53
قَالُوا۟ لَا تَوْجَلْ إِنَّا نُبَشِّرُكَ بِغُلَـٰمٍ عَلِيمٍ
Transliteration qālū lā tawjal innā nubashiruka bighulāmin ʿalīmin
Dhivehi އެބޭކަލުން ވިދާޅުވިއެވެ. "ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންބޭކަލުން ކަލޭގެފާނަށް علم ވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ދެއްވަމެވެ!"
Verse 54
قَالَ أَبَشَّرْتُمُونِى عَلَىٰٓ أَن مَّسَّنِىَ ٱلْكِبَرُ فَبِمَ تُبَشِّرُونَ
Transliteration qāla abashartumūnī ʿalā an massaniya l-kibaru fabima tubashirūna
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެންނަށް މުސްކުޅިކަން އައުމަށްފަހު ތިޔަބޭކަލުން އެކަމުގެ خبر އަހުރެންނަށް ދެއްވަނީތޯއެވެ؟ ތިޔަބޭކަލުން އަހުރެންނަށް ތިޔަ خبر ދެއްވަނީ ކޮންކަމަކުންތޯއެވެ؟"
Verse 55
قَالُوا۟ بَشَّرْنَـٰكَ بِٱلْحَقِّ فَلَا تَكُن مِّنَ ٱلْقَـٰنِطِينَ
Transliteration qālū basharnāka bil-ḥaqi falā takun mina l-qāniṭīna
Dhivehi އެބޭކަލުން ވިދާޅުވިއެވެ. "ތިމަންބޭކަލުން ކަލޭގެފާނަށް މި خبر ދެއްވަނީ ހަމަ حقّ ގޮތުގައެވެ. ފަހެ ﷲ ގެ رحمة ން أمّيد ކަނޑާމީހުންގެތެރެއިން ކަލޭގެފާނުވެވަޑައި ނުގަންނަވާހުށިކަމެވެ.
Verse 56
قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ
Transliteration qāla waman yaqnaṭu min raḥmati rabbihi illā l-ḍālūna
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. "މަގުފުރެދިފައިވާ މީހުން މެނުވީ އެމީހެއްގެ ربّ ގެ رحمة ން أمّيد ކަނޑައިލާ މާޔޫސްނުވާނެއެވެ."
Verse 57
قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ
Transliteration qāla famā khaṭbukum ayyuhā l-mur'salūna
Dhivehi އެކަލޭގެފާނު يعني: إبراهيم عليه السّلام ވިދާޅުވިއެވެ. "އޭ ފޮނުއްވިގެންވާ ބޭކަލުންނޭވެ! ތިޔަބޭކަލުން ވަޑައިގަތުމުގެ ބޭނުންފުޅަކީ އަދި مقصد އަކީ ކޮބައިތޯއެވެ؟" (މިހެން އެކަލޭގެފާނު ވިދާޅުވީ އެއީ ملائكة ބޭކަލުންކަން އެނގިވަޑައިގަތުމަށްފަހުގައެވެ.)
Verse 58
قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍ مُّجْرِمِينَ
Transliteration qālū innā ur'sil'nā ilā qawmin muj'rimīna
Dhivehi އެބޭކަލުން ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިމަންބޭކަލުން ފޮނުއްވިގެންވަނީ ނުބައިވެގެންވާ قوم އަކަށެވެ. مجرم ބަޔަކުއުޅޭ قوم އެއް ހަލާކުކުރެއްވުމަށެވެ." (އެއީ لوط عليه السّلام ގެ قوم އެވެ.)
Verse 59
إِلَّآ ءَالَ لُوطٍ إِنَّا لَمُنَجُّوهُمْ أَجْمَعِينَ
Transliteration illā āla lūṭin innā lamunajjūhum ajmaʿīna
Dhivehi "لوط عليه السّلام އާއި އެކަލޭގެފާނުންގެ آل ން މެނުވީއެވެ. އެކަލޭގެފާނާއި تبع ވެ إيمان ވީމީހުން މެނުވީއެވެ. ހަމަކަށަވަރުން ތިމަންބޭކަލުން އެ އެންމެން ސަލާމަތްކުރައްވާހުށީމެވެ.
Verse 60
إِلَّا ٱمْرَأَتَهُۥ قَدَّرْنَآ ۙ إِنَّهَا لَمِنَ ٱلْغَـٰبِرِينَ
Transliteration illā im'ra-atahu qaddarnā innahā lamina l-ghābirīna
Dhivehi އެކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. އެކަމަނާޔާމެދު ނިޔާކުރެވިގެންވަނީ ހަމަކަށަވަރުން އެކަމަނާ ވާނީ ބާކީވެތިބި މީހުންގެ ތެރެއިންކަމަށެވެ. ހަލާކުވާމީހުންގެތެރެއިންވާނޭކަމަށެވެ."
Verse 61
فَلَمَّا جَآءَ ءَالَ لُوطٍ ٱلْمُرْسَلُونَ
Transliteration falammā jāa āla lūṭin l-mur'salūna
Dhivehi ،(62) ދެންފަހެ ފޮނުއްވިގެންވާ ملائكة ބޭކަލުން لوط عليه السّلام ގެ آل ންގެއަރިހަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިޔަބޭކަލުންނަކީ إنكار ވެވިގެންވާ ބައެކެވެ. ނޭނގޭ ބައެކެވެ."
Verse 62
قَالَ إِنَّكُمْ قَوْمٌ مُّنكَرُونَ
Transliteration qāla innakum qawmun munkarūna
Dhivehi ،(62) ދެންފަހެ ފޮނުއްވިގެންވާ ملائكة ބޭކަލުން لوط عليه السّلام ގެ آل ންގެއަރިހަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިޔަބޭކަލުންނަކީ إنكار ވެވިގެންވާ ބައެކެވެ. ނޭނގޭ ބައެކެވެ."
Verse 63
قَالُوا۟ بَلْ جِئْنَـٰكَ بِمَا كَانُوا۟ فِيهِ يَمْتَرُونَ
Transliteration qālū bal ji'nāka bimā kānū fīhi yamtarūna
Dhivehi އެބޭކަލުން ވިދާޅުވިއެވެ. "އަދި ކިއެއްހެއްޔެވެ. ތިމަންބޭކަލުން ކަލޭގެފާނުންގެ އަރިހަށް މިއައީ ކަލޭގެފާނުންގެ قوم ގެމީހުން އެކަމަކާއިމެދު ޝައްކުކުރާ ކަންތަކާއިމެދުގައެވެ. عذاب އާއިގެންނެވެ.
Verse 64
وَأَتَيْنَـٰكَ بِٱلْحَقِّ وَإِنَّا لَصَـٰدِقُونَ
Transliteration wa-ataynāka bil-ḥaqi wa-innā laṣādiqūna
Dhivehi އަދި ތިމަންބޭކަލުން ކަލޭގެފާނުންގެ އަރިހަށް މިވަޑައިގެންނެވީ حقّ އާއިގެންނެވެ. (އެ حقّ އަކީ عذاب އެވެ.) އަދި ހަމަކަށަވަރުން ތިމަންބޭކަލުންނީ ހަމަ ތެދުވެރީންނީމުއެވެ.
Verse 65
فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ ٱلَّيْلِ وَٱتَّبِعْ أَدْبَـٰرَهُمْ وَلَا يَلْتَفِتْ مِنكُمْ أَحَدٌ وَٱمْضُوا۟ حَيْثُ تُؤْمَرُونَ
Transliteration fa-asri bi-ahlika biqiṭ'ʿin mina al-layli wa-ittabiʿ adbārahum walā yaltafit minkum aḥadun wa-im'ḍū ḥaythu tu'marūna
Dhivehi ފަހެ ރޭގަނޑުގެ (އަނދިރިކަންގަދަ) ވަގުތެއްގައި ކަލޭގެފާނު ކަލޭގެފާނުންގެ أهل ވެރިންނާއިގެން (މިރަށުން ނުކުމެވަޑައިގެން) ހިންގަވާފައި ވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު އެމީހުންގެ يعني: أهل ވެރިންގެ ފަހަތުގައި تبع ވެވަޑައިގެން ހުންނަވާށެވެ. އަދި ކަލޭމެންކުރެ އެކަކުވެސް އެނބުރި ފަހަތަށް ނުބައްލަވާށެވެ! އަދި ކަލޭމެނަށް أمر ވެވުނުފަދައަކުން އަމުރުވެވުނުތަނަށް އަވަސްއަވަހަށްވަޑައިގަންނަވާށެވެ!
Verse 66
وَقَضَيْنَآ إِلَيْهِ ذَٰلِكَ ٱلْأَمْرَ أَنَّ دَابِرَ هَـٰٓؤُلَآءِ مَقْطُوعٌ مُّصْبِحِينَ
Transliteration waqaḍaynā ilayhi dhālika l-amra anna dābira hāulāi maqṭūʿun muṣ'biḥīna
Dhivehi އަދި ތިމަންރަސްކަލާނގެ އެކަން އެކަލޭގެފާނަށް އަންގަވާ وحي ކުރެއްވީމެވެ. އެކަމަކީ ހަމަކަށަވަރުން މިބައިމީހުން - (لوط قوم ގެ ކާފަރުން) ފަތިސްކުރާ حال މަރުވެ ހަލާކުވެގެންދާނެއެވެ.
Verse 67
وَجَآءَ أَهْلُ ٱلْمَدِينَةِ يَسْتَبْشِرُونَ
Transliteration wajāa ahlu l-madīnati yastabshirūna
Dhivehi އަދި އެރަށުގެ أهل ވެރިން އުފާކުރާ حال (لوط ގެފާނުންގެ އަރިހަށް) އަތުވެއްޖެއެވެ. (އެއީ އެކަލޭގެފާނު އަރިހަށް ވަޑައިގެންނެވި ملائكة ބޭކަލުން ރީތި ފިރިހެނުންގެ صورة ގައިވާތީ އެމީހުންގެ ގަޔަށް އަރާ فاحش ކަންތައް ކުރަންވެގެންނެވެ. އެރަށުގެ މީހުންނަކީ عامّ ކޮށް ފިރިހެނުންނާ އެޅޭ މީހުންނެވެ. އަންހެނުންގެ ބޭނުން ނުކުރެއެވެ. އެމީހުން ހަލާކުވެގެންދިޔައީ އެކަމުގެ ސަބަބުންނެވެ. މި ملائكة ބޭކަލުންނަކީ އެމީހުންނަށް عذاب އާއިގެން ވަޑައިގެންނެވި ބޭކަލުންނެވެ. އެއީ ملائكة ންކަމެއް އަދި އޭރު لوط ގެފާނަށްވެސް އެނގިވަޑައިނުގަންނަވައެވެ.)
Verse 68
قَالَ إِنَّ هَـٰٓؤُلَآءِ ضَيْفِى فَلَا تَفْضَحُونِ
Transliteration qāla inna hāulāi ḍayfī falā tafḍaḥūni
Dhivehi ދެންފަހެ لوط عليه السّلام (އެމީހުންނަށް) ވިދާޅުވިއެވެ. "ހަމަކަށަވަރުން މިބޭކަލުންނަކީ ތިމަންކަލޭގެފާނުންގެ މެހްމާނުންނެވެ. ފަހެ ކަލޭމެން ތިމަންކަލޭގެފާނު فضيحة ނުކުރާށެވެ! (އެމީހުން ގަޔަށް އަރަން ނުއުޅޭށެވެ!)
Verse 69
وَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ
Transliteration wa-ittaqū l-laha walā tukh'zūni
Dhivehi "އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އަދި ތިމަންކަލޭގެފާނު ދެރަކޮށް ނިކަމެތިކޮށް ނުހަދާށެވެ!"
Verse 70
قَالُوٓا۟ أَوَلَمْ نَنْهَكَ عَنِ ٱلْعَـٰلَمِينَ
Transliteration qālū awalam nanhaka ʿani l-ʿālamīna
Dhivehi އެމީހުން (އެކަލޭގެފާނަށް) ދެންނެވިއެވެ. "ދުނިޔޭގެ މީސްތަކުން މެހްމާނުން ކަމުގައި ހެއްދެވުން އަހުރެމެން ކަލޭގެފާނަށް މަނާ ނުކުރަންތޯއެވެ؟" (އެބަހީ: އެކަން އޮންނާނީ ކަލޭގެފާނަށް މަނާކޮށްފައެވެ.)
Verse 71
قَالَ هَـٰٓؤُلَآءِ بَنَاتِىٓ إِن كُنتُمْ فَـٰعِلِينَ
Transliteration qāla hāulāi banātī in kuntum fāʿilīna
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. "މިތިބީ އަހުރެންގެ އަންހެންދަރިންނެވެ. ކަލޭމެން އަހުރެންގެ أمر އަށް ކިޔަމަންވަންޏާ އެކަންކުރާށެވެ." (އެކުދިންނާ އިންނާށެވެ.)
Verse 72
لَعَمْرُكَ إِنَّهُمْ لَفِى سَكْرَتِهِمْ يَعْمَهُونَ
Transliteration laʿamruka innahum lafī sakratihim yaʿmahūna
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ عُمُرُ ފުޅު (حياة ޕުޅު) ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ހަމަކަށަވަރުން އެމީހުން އެވަނީ އެމީހުންގެ މަސްތުގައި / އަދި އެމީހުންގެ މަގުފުރެދުމުގައި ދެފުށުއެޅިއެޅިއެވެ. އަދިރިވެފައެވެ.
Verse 73
فَأَخَذَتْهُمُ ٱلصَّيْحَةُ مُشْرِقِينَ
Transliteration fa-akhadhathumu l-ṣayḥatu mush'riqīna
Dhivehi އަދި އިރުއަރާވަގުތު އެމީހުންނަށް عذاب ގެ އަޑުފަށްގަނޑު އައިސް ޖެހިއްޖެއެވެ
Verse 74
فَجَعَلْنَا عَـٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِّن سِجِّيلٍ
Transliteration fajaʿalnā ʿāliyahā sāfilahā wa-amṭarnā ʿalayhim ḥijāratan min sijjīlin
Dhivehi ފަހެ އެރަށުގެ މަތީފުށް ދަށްފުށަށް ތިމަންރަސްކަލާނގެ ޖެއްސެވީމެވެ. (جبريل عليه السّلام ގެ ފިޔަފުޅުން އެރަށް އުފުއްލަވައި އުޑާ ހަމައަށް ނަންގަވައި އަނެއްފުށަށް ޖެއްސެވިކަމުގައިވިއެވެ.) އަދި މަށިހިލައިގެ ވާރޭ އެރަށުގެމައްޗަށް ތިމަންރަސްކަލާނގެ ވެއްސެވީމެވެ.
Verse 75
إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّلْمُتَوَسِّمِينَ
Transliteration inna fī dhālika laāyātin lil'mutawassimīna
Dhivehi ހަމަކަށަވަރުން ވިސްނާ ފިކުރުކޮށް ކަންކަމުން عبرة حاصل ކުރާމީހުންނަށް އެކަންތަކުގައި ކަނޑައެޅި بيان ވެގެންވާ ދަލީލުވެއެވެ.
Verse 76
وَإِنَّهَا لَبِسَبِيلٍ مُّقِيمٍ
Transliteration wa-innahā labisabīlin muqīmin
Dhivehi އަދި ހަމަކަށަވަރުން އެރަށްވަނީ އެބަހީ: لوط عليه السّلام ގެ قوم ގެމީހުން އުޅުނުރަށް سَدُوْمُ ވަނީ ކަނޑައެޅި ބަޔާންވެގެންވާ މަގެއްގައެވެ. (އެއީ قريش ން شام ކަރަޔަށްދާމަގެވެ. އަދި މިވާހަކަވެސް قرآن ގެ ކިތަންމެތާކު ތަފާތު عبارة ން އައިސްފައިވެއެވެ.)
Verse 77
إِنَّ فِى ذَٰلِكَ لَـَٔايَةً لِّلْمُؤْمِنِينَ
Transliteration inna fī dhālika laāyatan lil'mu'minīna
Dhivehi ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: لوط قوم ގެމީހުންނާމެދު ތިމަންރަސްކަލާނގެ މިކަންތައް ގެންދެވިގޮތުގައި) مؤمن ންނަށް بيان ވެގެންވާ دليل އާއި حجّة ވެއެވެ. عبرة ވެއެވެ.
Verse 78
وَإِن كَانَ أَصْحَـٰبُ ٱلْأَيْكَةِ لَظَـٰلِمِينَ
Transliteration wa-in kāna aṣḥābu l-aykati laẓālimīna
Dhivehi އަދި ހަމަކަށަވަރުން أَيْكَة ގެ އެކުވެރިންވީ އަނިޔާވެރިންކަމުގައެވެ. (أَيْكَة އަކީ ގަސްބޮނޑިއެވެ. ބޯގަސްތަކެވެ. އެރަށަކީވެސް شُعَيْبُ عليه السّلام رسول ކަމާއިގެން ފޮނުއްވި ރަށެއްކަމުގައިވިއެވެ. އެހެންވީއިރު شُعَيْبُ عليه السّلام رسول ކަމާއިގެން ފޮނުއްވިފައިވަނީ ދެރަށަށްކަމުގައިވިއެވެ. އެއީ مَدْيَن އާއި أَيْكَة އެވެ. އެވާހަކަ تفسير الطبري ގައި بيان ވެގެންވެއެވެ.)
Verse 79
فَٱنتَقَمْنَا مِنْهُمْ وَإِنَّهُمَا لَبِإِمَامٍ مُّبِينٍ
Transliteration fa-intaqamnā min'hum wa-innahumā labi-imāmin mubīnin
Dhivehi ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. (އެއީ އެމީހުން ކާފަރުވުމުގެ ސަބަބުން عذاب ފޮނުއްވައި ހަލާކު ކުރެއްވުމެވެ.) އަދި ހަމަކަށަވަރުން އެދެރަށް ވަނީ بيان ވެގެންވާ މަގެއްގެމަތީގައެވެ. (އެބަހީ: މި أَيْكَة ކިޔަރަށާއި لوط قوم ގެމީހުން އުޅުނު ރަށާއި ދެރަށްވަނީ މީސްތަކުން عامّ ކޮށް ދަތުރުފަތުރުކޮށްއުޅޭ މަގެއްގައެވެ. މަގަށް إمام ކިޔާފައިވަނީ إمام އަކީވެސް މީހުން އޭނާޔާ تبع ވާމީހެކެވެ. މަގަކީވެސް އޭގެމަތީގައި މީހުން تبع ވެގެން ހިނގާއެއްޗެއްކަމުގައިވާތީއެވެ. والله أعلم)
Verse 80
وَلَقَدْ كَذَّبَ أَصْحَـٰبُ ٱلْحِجْرِ ٱلْمُرْسَلِينَ
Transliteration walaqad kadhaba aṣḥābu l-ḥij'ri l-mur'salīna
Dhivehi އަދި الحِجْرُ ގެ أهل ވެރިން އެމީހުންގެގާތަށް ﷲ ފޮނުއްވި رسول އެމީހުން ދޮގުކޮށްފިއެވެ. (އެއީ صالح عليه السّلام އެވެ. الحِجْرُ އަކީ صالح ގެފާނުން ފޮނުއްވުނު ރަށަށް ކިޔާނަމެކެވެ.)
Verse 81
وَءَاتَيْنَـٰهُمْ ءَايَـٰتِنَا فَكَانُوا۟ عَنْهَا مُعْرِضِينَ
Transliteration waātaynāhum āyātinā fakānū ʿanhā muʿ'riḍīna
Dhivehi އަދި ތިމަންރަސްކަލާނގެ دليل ތައް އެމީހުންނަށް ދެއްވީމެވެ. (އެއީ صالح ގެފާނުންގެ رسول ކަމުގެ ތެދުކަމުގެމައްޗަށް دليل ކުރާ معجزة ތަކާއި حجّة ތަކެވެ.) އަދި އެމީހުންވީ އެ އެންމެހައި دليل ތަކުން އެނބުރި ފުރަގަސްދިން ބަޔަކުކަމުގައެވެ. އެ دليل ތައް ދޮގުކުރި ބަޔަކު ކަމުގައެވެ.
Verse 82
وَكَانُوا۟ يَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًا ءَامِنِينَ
Transliteration wakānū yanḥitūna mina l-jibāli buyūtan āminīna
Dhivehi އަދި އެމީހުންވީ ފަރުބަދަތައް ކަނޑައި ކޮށައިގެން އަމާންވަނޭ ގެތައް ހެދިބަޔަކު ކަމުގައެވެ. (އެމީހުން ހީކުރީ އެގެތައް ﷲ ގެ عذاب ން ނުވަތަ މަރުވުމުން އެމީހުން އަމާންކޮށްދީ ސަލާމަތްކޮށްދޭނޭ ކަމަށެވެ. އެކަމަކު ﷲ ގެ عذاب އައިހިނދުން އެއިން އެއްވެސް ފައިދާއެއް ނުކުރިއެވެ.)
Verse 83
فَأَخَذَتْهُمُ ٱلصَّيْحَةُ مُصْبِحِينَ
Transliteration fa-akhadhathumu l-ṣayḥatu muṣ'biḥīna
Dhivehi ފަހެ ފަތިސްވަގުތު އެމީހުންނަށް ހަލާކުގެ އަޑުފަށްގަނޑު އައިސްޖެހިއްޖެއެވެ.
Verse 84
فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ
Transliteration famā aghnā ʿanhum mā kānū yaksibūna
Dhivehi ފަހެ އެމީހުންކުރި (ނުބައި عمل ތައް) އެމީހުން عذاب ން ސަލާމަތްކޮށް ނުދިނެވެ. އެ عمل ތަކުން އެމީހުންނަށް އެއްވެސް ކަމެއް ނުފުދުނެވެ.
Verse 85
وَمَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ ۗ وَإِنَّ ٱلسَّاعَةَ لَـَٔاتِيَةٌ ۖ فَٱصْفَحِ ٱلصَّفْحَ ٱلْجَمِيلَ
Transliteration wamā khalaqnā l-samāwāti wal-arḍa wamā baynahumā illā bil-ḥaqi wa-inna l-sāʿata laātiyatun fa-iṣ'faḥi l-ṣafḥa l-jamīla
Dhivehi އަދި އުޑުތަކާއި ބިން އަދި އެދެމެދުގައިވާހާ ތަކެތިވެސް ހަމަ حقّ ގޮތުގައި މެނުވީ ތިމަންރަސްކަލާނގެ ނުހައްދަވަމެވެ. عدل ވެރިގޮތުގައި މެނުވީ ނުހައްދަވަމެވެ. (އެބަހީ: ތިމަންރަސްކަލާނގެ އެ ހަލާކުކުރެއްވި أمّة ތައް ހަލާކު ކުރައްވާފައިވާނީ ހަމަ عدل ވެރިގޮތުގައެވެ.) އަދި ހަމަކަށަވަރުންވެސް قيامة ދުވަހަކީ އަންނާނެ ދުވަހެއްކަން ކަށަވަރެވެ. ފަހެ ކަލޭގެފާނު ރަނގަޅު ރިވެތިގޮތުން އެމީސްތަކުންނަށް معاف ކުރާށެވެ! عفو ކުރައްވާށެވެ! އެ مشرك ންގެފަރާތުން އެނބުރިވަޑައިގަންނަވާށެވެ! (އެބަހީ: އެމީހުންގެ ހަލާކަށް އެދިވަޑައި ނުގަންނަވާށެވެ!)
Verse 86
إِنَّ رَبَّكَ هُوَ ٱلْخَلَّـٰقُ ٱلْعَلِيمُ
Transliteration inna rabbaka huwa l-khalāqu l-ʿalīmu
Dhivehi ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ ހުރިހާތަކެތި ހައްދަވައި އަދި އެންމެހައިކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 87
وَلَقَدْ ءَاتَيْنَـٰكَ سَبْعًا مِّنَ ٱلْمَثَانِى وَٱلْقُرْءَانَ ٱلْعَظِيمَ
Transliteration walaqad ātaynāka sabʿan mina l-mathānī wal-qur'āna l-ʿaẓīma
Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް السَّبْعُ اْلمَثَانِى އާއި ބޮޑުވެގެންވާ މާތް قرآن ދެއްވީމެވެ. • ދަންނައެވެ. السَّبْعُ اْلمَثَانِى އާއިމެދު تفسير علم ވެރިންގެ ބަސް ތަފާތެވެ. އެތަނުން ބުރަވެވޭބަހަކީ راحِجُ • ބަހަކީ އެއީ سورة الفاتحة އެވެ. الحمد އެވެ.
Verse 88
لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَٱخْفِضْ جَنَاحَكَ لِلْمُؤْمِنِينَ
Transliteration lā tamuddanna ʿaynayka ilā mā mattaʿnā bihi azwājan min'hum walā taḥzan ʿalayhim wa-ikh'fiḍ janāḥaka lil'mu'minīna
Dhivehi އަދި އެމީހުންކުރެ މުދާވެރި މުއްސަނދި މީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ ތަކެއްޗަށް ކަލޭގެފާނުންގެ ލޯފުޅު ނުދައްމަވާށެވެ! އެއަށް ނުބައްލަވާށެވެ! އަދި އެމީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަފުޅު ނުކުރައްވާށެވެ! އަދި مؤمن ންނަށްޓަކައި ކަލޭގެފާނުންގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެމީހުންނަށް އޯގާވެރިވެވަޑައިގަންނަވާށެވެ! އެމީހުންނާމެދު ހަރުކަށިވެވަޑައި ނުގަންނަވާށެވެ!)
Verse 89
وَقُلْ إِنِّىٓ أَنَا ٱلنَّذِيرُ ٱلْمُبِينُ
Transliteration waqul innī anā l-nadhīru l-mubīnu
Dhivehi (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު މިއީ بيان ވެގެންވާ نَذير އެވެ. (ﷲ އަށް ނުކިޔަމަންތެރިވީމީހުންނަށް އެކަލާނގެ ކޯފާއާއި عذاب ހުރިކަމުގެ ބިރުވެރި خبر ދޭ މީހާއެވެ.)
Verse 90
كَمَآ أَنزَلْنَا عَلَى ٱلْمُقْتَسِمِينَ
Transliteration kamā anzalnā ʿalā l-muq'tasimīna
Dhivehi އެއީ مُقْتَسِمُ ންގެ މައްޗަށްވެސް ތިމަންރަސްކަލާނގެ عذاب ފޮނުއްވި ފަދައިންނެވެ.
Verse 91
ٱلَّذِينَ جَعَلُوا۟ ٱلْقُرْءَانَ عِضِينَ
Transliteration alladhīna jaʿalū l-qur'āna ʿiḍīna
Dhivehi އެމީހުންނަކީ قرآن ބައިބަޔަށް (އީމާންވާބަޔަކަށާއި އީމާންނުވެވޭނެ ބަޔަކަށް) ބައިބައިކޮށް ބެހިމީހުންނެވެ. • ދަންނައެވެ. مُقْتَسِمُ ގެ لفظ ގެ ترجمة އަކީ ބައިބަޔަށް ބަހާމީހާއެވެ. ދެންފަހެ އެ لفظ ން މުރާދުކުރެވޭ ބަޔަކާއިމެދު مفسّر ންގެ ބަސްތަފާތެވެ. އެއީ (1) يهودي ންނާއި نصارى އިން ކަމުގައި ވިދާޅުވި ބޭކަލުންވެއެވެ. އެމީހުންވެސް އެ قرآن ގެ އެއްބަޔަށް إيمان ވެ އަނެއްބަޔަށް ކާފަރުވީއެވެ. އަދި އެމީހުން އެމީހުންގެ ފޮތްވެސް ބެހީއެވެ. ބައިބައިކޮށް އެއްބަޔަށް إيمان ވެ އަނެއްބަޔަށް ކާފަރުވީއެވެ. އަދި އެއީ (2) قريش ންގެ ބަޔަކުކަމުގައިވެސް ބުނެވުނެވެ. އެމީހުންވެސް އެއްބަޔަށް އީމާންވެ އަނެއްބަޔަށް ކާފަރު ވީކަމުގައި ވިއެވެ. އަދި އެއީ (3) صالح عليه السّلام ގެ قوم ގެ ބައެއްކަމުގައިވެސް ބުނެވުނެވެ. އަދިވެސް ކިތައްމެގޮތަކަށް ބުނެވިފައިވެއެވެ. ފަހެ ކީރިތި قرآن ގެ އެއްބައި ތެދުކޮށް އަނެއްބައި ދޮގުކުރި ކޮންމެބަޔަކުވެސް މީގެތެރެއަށް ވަންނާނެކަމުގައި مفسّر أبو حَعْفَرُ الطّبرى އެކަލޭގެފާނުންގެ تفسير ގައި ވިދާޅުވެފައިވެއެވެ. (ދެން އަޅުގަޑުމެން ދިވެހިންނޯ؟؟؟ ބައެއް އަޅުކަން އޭގައިވާގޮތަށް ކުރަންކަމުގޮސްފައި ބައެއް ޙުކުމް އޭގައިވާގޮތަށްކުރާކަށް ކަމަކުނުދިޔައެވެ. މަރަށް މަރުހިފުން - ވައްކަންކުރީމާ އަތްކެޑުން ޒިނޭގެ ޙައްދު ޤަވާޢިދުން ޤާއިމުކުރުން މަގުފޭރޭމީހުންގެ ކަންތައް ދެންމިހެންގޮސް......والله أعلم)
Verse 92
فَوَرَبِّكَ لَنَسْـَٔلَنَّهُمْ أَجْمَعِينَ
Transliteration fawarabbika lanasalannahum ajmaʿīna
Dhivehi ،(93) ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ނިކަންހުރެ ހަމަކަށަވަރުން އެމީހުންނާ (يعني: قرآن ބައިބަޔަށް ހެދިމީހުންނާ) آخرة ދުވަހުން ތިމަންރަސްކަލާނގެ ސުވާލުކުރާ ހުށީމެވެ. އެއީ ދުނިޔޭގައި ތިބެގެން އެމީހުން އެކުރަމުންދާ ކަންތަކާއި ބެހޭގޮތުންނެވެ.
Verse 93
عَمَّا كَانُوا۟ يَعْمَلُونَ
Transliteration ʿammā kānū yaʿmalūna
Dhivehi ،(93) ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ނިކަންހުރެ ހަމަކަށަވަރުން އެމީހުންނާ (يعني: قرآن ބައިބަޔަށް ހެދިމީހުންނާ) آخرة ދުވަހުން ތިމަންރަސްކަލާނގެ ސުވާލުކުރާ ހުށީމެވެ. އެއީ ދުނިޔޭގައި ތިބެގެން އެމީހުން އެކުރަމުންދާ ކަންތަކާއި ބެހޭގޮތުންނެވެ.
Verse 94
فَٱصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ ٱلْمُشْرِكِينَ
Transliteration fa-iṣ'daʿ bimā tu'maru wa-aʿriḍ ʿani l-mush'rikīna
Dhivehi ފަހެ ކަލޭގެފާނު ކަލޭގެފާނަށް أمر ވެވުނު ކަންތައްކުރައްވާށެވެ! އަދި مشرك ންގެކިބައިން އެނބުރި ދުރުވެވަޑައިގަންނަވާށެވެ! • ދަންނައެވެ! މިއާޔަތަކީ نبي ކަމުގެ ކުރީކޮޅުގެ آية އެއްކަމުން މިބާވަތުގެ މާނައިގައިވާ އެންމެހައި އާޔަތެއްގެ حكم ހަނގުރާމައިގެ އާޔަތް ބާވައިލެއްވުމުން منسوخ ވެގެންވެއެވެ. މިހާރުއޮތީ مشرك ންނާ ދިމާކުރާ حكم އެވެ. توبة ސޫރަތުގެ އާޔަތްތަކުން އެގޮތް ރަނގަޅަށް ހާމަވެއެވެ. والله أعلم.
Verse 95
إِنَّا كَفَيْنَـٰكَ ٱلْمُسْتَهْزِءِينَ
Transliteration innā kafaynāka l-mus'tahziīna
Dhivehi ހަމަކަށަވަރުން ކަލޭގެފާނަށާއި، އަދި އިސްލާމްދީނަށް މަލާމާތްކުރާމީހުންގެ ފަރާތުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފުއްދަވާދެއްވާހުށީމެވެ.
Verse 96
ٱلَّذِينَ يَجْعَلُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۚ فَسَوْفَ يَعْلَمُونَ
Transliteration alladhīna yajʿalūna maʿa l-lahi ilāhan ākhara fasawfa yaʿlamūna
Dhivehi އެމީހުންނަކީ ﷲ އާ އެކު އެހެން إله އެއްވެސް ހިފާ إختيار ކުރާމީހުންނެވެ. ފަހެ ނިކަންހުރެ އެމީހުން އެކުރާ ކަންތަކުގެ (ނުބައިކަން) آخرة ދުވަހުން އެމީހުންނަށް އެނގޭނެއެވެ.
Verse 97
وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ
Transliteration walaqad naʿlamu annaka yaḍīqu ṣadruka bimā yaqūlūna
Dhivehi (އޭ رسول ﷲ އެވެ!) އެމީހުން އެބުނާ ތަކެތީން ކަލޭގެފާނުންގެ ހިތްޕުޅު ނުތަނަވަސްވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
Verse 98
فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ ٱلسَّـٰجِدِينَ
Transliteration fasabbiḥ biḥamdi rabbika wakun mina l-sājidīna
Dhivehi ފަހެ ކަލޭގެފާނު ކަލޭގެފާނުންގެ ربّ އަށް حمد ކުރުމާ އެކު تسبيح ވިދާޅުވާށެވެ! އަދި سجدة ކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!
Verse 99
وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ
Transliteration wa-uʿ'bud rabbaka ḥattā yatiyaka l-yaqīnu
Dhivehi އަދި ކަލޭގެފާނަށް يقين އަތުވެއްޖައުމަށްދާންދެން އެބަހީ: ކަލޭގެފާނު އަވަހާރަވެއްޖައުމަށްދާންދެން ކަލޭގެފާނު ކަލޭގެފާނުންގެ ربّ އަށް އަޅުކަންކުރައްވާށެވެ!
Read Surah Al-Hijr in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.