Surah Al-Furqan in Dhivehi: translation and audio
Surah 25 · الفرقان · The Criterion · 77 verses
Surah Al-Furqan verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Furqan word by word in English.
Verse 1
تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَـٰلَمِينَ نَذِيرًا
Transliteration tabāraka alladhī nazzala l-fur'qāna ʿalā ʿabdihi liyakūna lil'ʿālamīna nadhīran
Dhivehi އެކަލާނގެ އަޅާގެމައްޗަށް قرآن ބާވައިލެއްވި ކަލާނގެ (މަތިވެރި ﷲ) بركاة ވަންތަވެވޮޑިގެންވެއެވެ. (އެބަހީ: އެކަލާނގެ ދެއްވުންތަކާ خيرات يعني: ހެޔޮތައް ގިނަގުނަވެގެންވެއެވެ.) އެއީ އެކަލާނގެ އަޅާ عَالَمْ ތަކަށް نَذِيْر އަކު ކަމުގައި ވުމަށްޓަކައެވެ. އެބަހީ: إنْذَار ކުރައްވާ ބޭކަލަކު ކަމުގައިވުމަށްޓަކައެވެ. އެއަޅާ އެއީ محمّد ﷺ އެވެ.
Verse 2
ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا
Transliteration alladhī lahu mul'ku l-samāwāti wal-arḍi walam yattakhidh waladan walam yakun lahu sharīkun fī l-mul'ki wakhalaqa kulla shayin faqaddarahu taqdīran
Dhivehi އެކަލާނގެއީ (އެބަހީ: قرآن ބާވައިލެއްވި ކަލާނގެއީ) އެކަލާނގެއަށް އުޑުތަކާއި ބިމުގެ ވެރިކަން (އަދި އެންމެހައިތަކެތި) މިލްކުވެ خاصّ ވެގެންވާ ކަލާނގެއެވެ. އަދި އެކަލާނގެ އެއްވެސް ދަރިކަލަކު ނުހިއްޕަވައެވެ. إختيار ނުކުރައްވައެވެ. އަދި އެކަލާނގެ ވެރިކަމާއި مِلْكِيَّة ގައި އެކަލާނގެއާއި ބައިވެރިވާ އެއްވެސް އެހެން ފަރާތެއް ނުވެއެވެ. އަދި ކޮންމެ އެއްޗެއްވެސް ހެއްދެވީ ހަމަ އެކަލާނގެއެވެ. އަދި ކޮންމެ އެއްޗެއް އެކަލާނގެ تقدير ކުރެއްވިއެވެ. (އެބަހީ: ކޮންމެއެއްޗަކަށްވެސް އެއެއްޗަކަށް ހަމަޖެހޭ ރަނގަޅު صُلْحَ ވެރިގޮތުގައި ހައްދަވާ ބަރާބަރުކުރެއްވިއެވެ.
Verse 3
وَٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً لَّا يَخْلُقُونَ شَيْـًٔا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَوٰةً وَلَا نُشُورًا
Transliteration wa-ittakhadhū min dūnihi ālihatan lā yakhluqūna shayan wahum yukh'laqūna walā yamlikūna li-anfusihim ḍarran walā nafʿan walā yamlikūna mawtan walā ḥayatan walā nushūran
Dhivehi އަދި އެމީހުން (އެބަހީ: مشرك ންގެމީހުން) އެކަލާނގެ ފިޔަވައި އެހެން إله ންތަކެއް ހިފައި إختيار ކުރީއެވެ. އެ إله ންތައް އެއްވެސް އެއްޗެއް ނުހައްދަވައެވެ. އަދި އެތަކެއްޗަކީ ހެއްދެވިގެންވާ ތަކެއްޗެވެ. مَخْلُوق ންނެވެ. (خالق އެއްނޫނެވެ.) އަދި އެތަކެތި އެތަކެތީގެ އަމިއްލަ نفس އަށްވެސް އެއްވެސް އުނދަގުލެއް ދިނުމެއްވިޔަސް އަދި مَنْفَع އެއް ލިބިގަތުމެއްވިޔަސް މިލްކުވެގެން ނުވެއެވެ. އަދި އެއްޗެއް މަރައިލުމެއްވެސް އަދި އެއްޗެއް ދިރުވުމެއްވެސް (މަރެއް އަދި حياة އެއް) އެތަކެއްޗަށް މިލްކުވެގެން ނުވެއެވެ. އަދި މީސްތަކުން محشر އަށް ފޮނުވުމެއްވެސް އެތަކެއްޗަށް مِلْكُ ވެގެން ނުވެއެވެ. މިފަދަ ތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނީ ކޮންފަދައަކުންހެއްޔެވެ؟
Verse 4
وَقَالَ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّآ إِفْكٌ ٱفْتَرَىٰهُ وَأَعَانَهُۥ عَلَيْهِ قَوْمٌ ءَاخَرُونَ ۖ فَقَدْ جَآءُو ظُلْمًا وَزُورًا
Transliteration waqāla alladhīna kafarū in hādhā illā if'kun if'tarāhu wa-aʿānahu ʿalayhi qawmun ākharūna faqad jāū ẓul'man wazūran
Dhivehi އަދި ކާފަރުވީ މީސްތަކުން ބުންޏެވެ. މި قرآن އަކީ އެކަލޭގެފާނު يعني: محمّد ގެފާނު އަމިއްލަފުޅަށް އުފައްދައިގެން އުޅޭ ދޮގުވާހަކައެއްކަމުގައި މެނުވީ ނުވެއެވެ. އަދި އެކަމަށް އެކަލޭގެފާނަށް އެހީވެ ވާގިވެރިވީ އެހެން ބައެކެވެ. (އެއީ يهودي ންނެވެ.) މިގޮތުން މިބައިމީހުން އެފަދަ ދޮގުވާހަކަތައް އެއުފައްދައި ހަދަނީ ހަމަ އަނިޔާވެރިކަމާއި ދޮގުހެދުމުގެ ގޮތުންނެވެ. (قرآن އަކީ އެއްވެސް مَخْلُوقُ އަކަށް ހެދޭނެއެއްޗެއްނޫނެވެ.)
Verse 5
وَقَالُوٓا۟ أَسَـٰطِيرُ ٱلْأَوَّلِينَ ٱكْتَتَبَهَا فَهِىَ تُمْلَىٰ عَلَيْهِ بُكْرَةً وَأَصِيلًا
Transliteration waqālū asāṭīru l-awalīna ik'tatabahā fahiya tum'lā ʿalayhi buk'ratan wa-aṣīlan
Dhivehi އަދި އެމީހުން يعني: مشرك ންގެ މީހުން - ބުންޏެވެ. (މި قرآن އަކީ) އިސްވެދިޔަ މީހުން ދައްކާފައިވާ އެއްވެސް އަސްލެއްނެތް ދޮގުވާހަކަތަކެކެވެ. އެވާހަކަތައް އެކަލޭގެފާނު ލިޔެހެދީއެވެ. ހެނދުނާއި ހަވީރު އެކަލޭގެފާނަށް ކިޔައިދެވިލައި ދެވެނީއެވެ. (އެކަންކުރަނީ يهودي ންނެވެ.)
Verse 6
قُلْ أَنزَلَهُ ٱلَّذِى يَعْلَمُ ٱلسِّرَّ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّهُۥ كَانَ غَفُورًا رَّحِيمًا
Transliteration qul anzalahu alladhī yaʿlamu l-sira fī l-samāwāti wal-arḍi innahu kāna ghafūran raḥīman
Dhivehi (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. އެ قرآن އެބާވައިލައްވަނީ އުޑުތަކާއި ބިމުގައިވާ ސިއްރުތައް ދެނެވޮޑިގަންނަވާ ކަލާނގެއެވެ. ހަމަކަށަވަރުން ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ. އެއީ މަތިވެރި މާތް ﷲ އެވެ.
Verse 7
وَقَالُوا۟ مَالِ هَـٰذَا ٱلرَّسُولِ يَأْكُلُ ٱلطَّعَامَ وَيَمْشِى فِى ٱلْأَسْوَاقِ ۙ لَوْلَآ أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُۥ نَذِيرًا
Transliteration waqālū māli hādhā l-rasūli yakulu l-ṭaʿāma wayamshī fī l-aswāqi lawlā unzila ilayhi malakun fayakūna maʿahu nadhīran
Dhivehi އަދި އެމީހުން ބުންޏެވެ. މިއީ ކޮންކަހަލަ رسول އެއް ހެއްޔެވެ؟ އެކަލޭގެފާނުވެސް (އަހުރެމެން ފަދައިން) ކާތަކެތިކައެވެ. (އަދި އެކިއެކި ބޭނުމުގައި) ބާޒާރުގައި ހިންގަވައެވެ. (އަހުރެމެންނެކޭ ތަފާތެއް ނެތެވެ.) ފަހެ އެކަލޭގެފާނުންގެ އަރިހުގައި نَذِيْر އެއްގެގޮތުން (މީސްތަކުން ބިރުގެންނެވުމަށް) مَلاَئِكَة ބޭކަލަކު ނުފޮނުއްވީ ކީއްވެގެންބާވައެވެ؟ ނުވަތަ މަލާއިކަތް ބޭކަލަކު ފޮނުއްވާނެ ނަމައެވެ.
Verse 8
أَوْ يُلْقَىٰٓ إِلَيْهِ كَنزٌ أَوْ تَكُونُ لَهُۥ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا
Transliteration aw yul'qā ilayhi kanzun aw takūnu lahu jannatun yakulu min'hā waqāla l-ẓālimūna in tattabiʿūna illā rajulan masḥūran
Dhivehi ނުވަތަ އެކަލޭގެފާނުންގެ ބޭނުންތައް ފުއްދުމަށް ރަނާއި ރިހީގެ خَزَانَة އެއް ދެއްވޭނެ ނަމައެވެ. ނުވަތަ އެކަލޭގެފާނު އެއިން ފަރިއްކުޅުއްވާ ހެއްދެވުމަށް ބަގީޗާއެއް އެކަލޭގެފާނަށް ވާނެނަމައެވެ. އަދި (مؤمن ންނަށް) مشرك ންގެމީހުން ބުންޏެވެ. سِحْرُ ޖެހިފައިވާ މީހަކާމެނުވީ ކަލޭމެން تَبَع ވެގެންވާކަމުގައި ނުވެއެވެ.
Verse 9
ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَـٰلَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًا
Transliteration unẓur kayfa ḍarabū laka l-amthāla faḍallū falā yastaṭīʿūna sabīlan
Dhivehi (އޭ رسول ﷲ އެވެ.) ކަލޭގެފާނަށް އެމީހުން އެމިސާލުޖަހައިލަނީ ކޮންފަދައަކުންކަން ނިކަން ދެކެބަލާށެވެ. (ކަލޭގެފާނަކީ سحر ޖެހިފައިވާ މީހަކުކަމުގައި ބުނެ އެނިންމައިލަނީއެވެ.) ފަހެ އެމީހުން މަގުފުރެދި ވާވަދެ އަވަދިވީއެވެ. އެހެންވެ ސީދާ حقّ ތެދުމަގަށް واصل ވުމަކަށް އެމީހުންނަށް ކުޅަދާނަވެގެން ނުވާނެއެވެ.
Verse 10
تَبَارَكَ ٱلَّذِىٓ إِن شَآءَ جَعَلَ لَكَ خَيْرًا مِّن ذَٰلِكَ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ وَيَجْعَل لَّكَ قُصُورًۢا
Transliteration tabāraka alladhī in shāa jaʿala laka khayran min dhālika jannātin tajrī min taḥtihā l-anhāru wayajʿal laka quṣūran
Dhivehi ކަލޭގެފާނަށް އެއަށްވުރެ (އެބަހީ: އެމީހުން އެބުނާވަރަށްވުރެ) މާހެޔޮކަމެއްލެއްވި ކަލާނގެ ބަރަކާތްވަންތަވެވޮޑިގެންވެއެވެ. އެ ހެވަކީ އެތަންތާނގެ ދަށުން އާރުތައް ދެމިދެމިއޮންނަ ބަގީޗާތަކެވެ. (ސުވަރުގެއެވެ.) އަދި އެކަލާނގެ ކަލޭގެފާނަށް ގަނޑުވަރުތަކެއްލައްވާ ހުއްޓެވެ. އެއީ قيامة ދުވަހުން ކަލޭގެފާނަށްވާނޭ މަތިވެރި نعمة ތަކެވެ.
Verse 11
بَلْ كَذَّبُوا۟ بِٱلسَّاعَةِ ۖ وَأَعْتَدْنَا لِمَن كَذَّبَ بِٱلسَّاعَةِ سَعِيرًا
Transliteration bal kadhabū bil-sāʿati wa-aʿtadnā liman kadhaba bil-sāʿati saʿīran
Dhivehi އަދި ކިއެއްހެއްޔެވެ؟ އެމީހުން - يعني: މުޝްރިކުން - قيامة ދުވަސް ދޮގުކުރީއެވެ. އަދި قيامة ދުވަސް ދޮގުކުރި މީހުންނަށް ތިމަންރަސްކަލާނގެ ނަރަކައެއް (އަލިފާނެއް) ތައްޔާރުކުރެއްވީމެވެ.
Verse 12
إِذَا رَأَتْهُم مِّن مَّكَانٍۭ بَعِيدٍ سَمِعُوا۟ لَهَا تَغَيُّظًا وَزَفِيرًا
Transliteration idhā ra-athum min makānin baʿīdin samiʿū lahā taghayyuẓan wazafīran
Dhivehi އެނަރަކައަށް އެމީހުން ދުރުހިސާބަކުން ފެނިއްޖެއްޔާވެސް އެސޮރު ރުޅިއަރައިގަނެގެން އެސޮރުގެ މޭމަތިން އެރުޅީގެއަޑު އެމީހުން އަހާނެއެވެ. އަދި އެސޮރު ނޭވައި ދަމައިގަންނައަޑުވެސް އެމީހުން އަހާނެއެވެ.
Verse 13
وَإِذَآ أُلْقُوا۟ مِنْهَا مَكَانًا ضَيِّقًا مُّقَرَّنِينَ دَعَوْا۟ هُنَالِكَ ثُبُورًا
Transliteration wa-idhā ul'qū min'hā makānan ḍayyiqan muqarranīna daʿaw hunālika thubūran
Dhivehi އަދި ކަސްތަޅުއެޅެވިގެންވާ حَالُ (އަތްތައް ކަނދުރާއަށް ބަނދެވިގެންވާ حال) އެނަރަކައިގެ ހަނި އަދި ދަތިތާކަށް އެމީހުން އަޅައިލެވިއްޖެއްޔާ އެމީހުން އެތާނގައި ގޮވާނެއެވެ. " އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ."
Verse 14
لَّا تَدْعُوا۟ ٱلْيَوْمَ ثُبُورًا وَٰحِدًا وَٱدْعُوا۟ ثُبُورًا كَثِيرًا
Transliteration lā tadʿū l-yawma thubūran wāḥidan wa-id'ʿū thubūran kathīran
Dhivehi (އެވަގުތު އެމީހުންނަށް އެންގެވޭނެއެވެ.) މިއަދު ކަލޭމެން ހަލާކުހުއްޓޭ އެންމެފަހަރަކު ނުގޮވާށެވެ. އަދި އެތައްއެތައްހަލާކެއް ހުއްޓޭ ކަލޭމެންގޮވާށެވެ.
Verse 15
قُلْ أَذَٰلِكَ خَيْرٌ أَمْ جَنَّةُ ٱلْخُلْدِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۚ كَانَتْ لَهُمْ جَزَآءً وَمَصِيرًا
Transliteration qul adhālika khayrun am jannatu l-khul'di allatī wuʿida l-mutaqūna kānat lahum jazāan wamaṣīran
Dhivehi (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. އަޅެފަހެ ހެޔޮވެގެންވަނީ އެނަރަކަހެއްޔެވެ؟ ނުވަތަ تقوى ވެރިންނަށް ދެއްވުމަށް وَعد ވެވިގެންވާ (ﷲ އެމީހުންނަށް ދެއްވާނެކަމަށް وعد ކުރައްވާފައިވާ جَنَّةُ الْخُلْد އެވެކިޔުނު (ދެމިތިބޭނޭ) ސުވަރުގެހެއްޔެވެ؟ އެތަން އެމީހުންނަށް އެވަނީ އެމީހުން ދުނިޔޭގައި ކުރި ހެޔޮ عمل އާއި ކިޔަމަންތެރިކަމުގެ ބަދަލެއްގެގޮތުންނެވެ. އަދި آخرة ގައި އެމީހުންގޮސް ތިބޭތަނެއްގެ ގޮތުންނެވެ.
Verse 16
لَّهُمْ فِيهَا مَا يَشَآءُونَ خَـٰلِدِينَ ۚ كَانَ عَلَىٰ رَبِّكَ وَعْدًا مَّسْـُٔولًا
Transliteration lahum fīhā mā yashāūna khālidīna kāna ʿalā rabbika waʿdan masūlan
Dhivehi އެސުވަރުގޭގައި އެމީހުން އެދޭހާއެއްޗެއް އެމީހުންނަށްވެއެވެ. އެއީ އެމީހުން ދެމިތިބޭ حال ގައެވެ. އަދި އެކަމަކީ ކަލޭގެފާނުންގެ ربّ އަށް ސުވާލުވެވެނިވި وعد އެކެވެ. (مؤمن ންވަނީ ދުނިޔޭގައިތިބެގެން ސުވަރުގެދެއްވުމަށް ﷲ އަށް دعاء ކޮށް ދަންނަވާފައެވެ. އަދި آخرة ދުވަހުން އެސުވަރުގެދެއްވާނެކަމަށް ﷲ ވަނީ އެމީހުންނަށް އަންގަވާފައެވެ. والله أعلم)
Verse 17
وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ فَيَقُولُ ءَأَنتُمْ أَضْلَلْتُمْ عِبَادِى هَـٰٓؤُلَآءِ أَمْ هُمْ ضَلُّوا۟ ٱلسَّبِيلَ
Transliteration wayawma yaḥshuruhum wamā yaʿbudūna min dūni l-lahi fayaqūlu a-antum aḍlaltum ʿibādī hāulāi am hum ḍallū l-sabīla
Dhivehi އަދި އެމީހުން - يعني: قيامة ދޮގުކުރިމީހުން - އެއްކުރެވޭދުވަހު محشر ކުރެވޭދުވަހު އަދި ﷲ ފިޔަވައި އެމީހުން އަޅުކަންކުރިތަކެއްޗާއި އެއްކުރެވޭދުވަހު އެކަލާނގެ އެތަކެއްޗަށް - އެބަހީ: ﷲ ފިޔަވައި އަޅުކަންވެވުނު ތަކެއްޗަށް - وحي ކުރައްވާނެއެވެ. ތިމަންރަސްކަލާނގެ މިތިބަ އަޅުންތައް މަގުފުރެއްދީ ކަލޭމެން ހެއްޔެވެ. ނުވަތަ އެމީހުން އަމިއްލައަށް ހަމަ މަގުފުރެދުނީހެއްޔެވެ؟
Verse 18
قَالُوا۟ سُبْحَـٰنَكَ مَا كَانَ يَنۢبَغِى لَنَآ أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَآءَ وَلَـٰكِن مَّتَّعْتَهُمْ وَءَابَآءَهُمْ حَتَّىٰ نَسُوا۟ ٱلذِّكْرَ وَكَانُوا۟ قَوْمًۢا بُورًا
Transliteration qālū sub'ḥānaka mā kāna yanbaghī lanā an nattakhidha min dūnika min awliyāa walākin mattaʿtahum waābāahum ḥattā nasū l-dhik'ra wakānū qawman būran
Dhivehi އެތަކެތި ﷲ އަށް ދަންނަވާނެއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. އިބަރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް ސަހަރޯވެރިއަކު ولى އަކީ ހިފާ إختيار ކުރުމީ އަހުރެމެންނަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެހެންނަމަވެސް އިބަރަސްކަލާނގެ އެމީހުންނަށާއި އެމީހުންގެ ކާބަފައިންނަށް (މުދަލާއި صحّة ގެގޮތުން) މުހުލަތުދެއްވައި نعمة ތައްދެއްވީއެވެ. އެއީ އިބަރަސްކަލާނގެ رسول ންނަށް ބާވައިލެއްވި هداية އާ ތެދުމަގު އެމީހުން ހަނދާންނެތިއްޖައުމަށްދާންދެންނެވެ. އަދި އެމީހުން ވީ ހަލާކުވެގެންވާ ބަޔަކުކަމުގައެވެ. އެމީހުން މަގުފުރެދުނީ ހަމައެމީހުން އަމިއްލައަށެވެ.
Verse 19
فَقَدْ كَذَّبُوكُم بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفًا وَلَا نَصْرًا ۚ وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَابًا كَبِيرًا
Transliteration faqad kadhabūkum bimā taqūlūna famā tastaṭīʿūna ṣarfan walā naṣran waman yaẓlim minkum nudhiq'hu ʿadhāban kabīran
Dhivehi (ދެންފަހެ ﷲ ފިޔަވައި އެތަކެއްޗަށް އަޅުކަންވެވުނު ތަކެތި އެތަކެއްޗަށް އަޅުކަންކުރި މީސްތަކުންގެ ކިބައިން ބަރީއަވެގަންނަ ވަގުތު ﷲ تعالى އެކާފަރުންނަށް وحي ކުރައްވާނެއެވެ. އޭ މިތިބަމީހުންނޭވެ.) ހަމަކަށަވަރުން ކަލޭމެން ތިޔަބުނާބަސްތައް އެތަކެތި ދޮގުކޮށްފިއެވެ. ފަހެ ކަލޭމެނަށް ﷲ ގެ حضرة ން އަތުވެދާނޭ عذاب އެއް އެހެންފަރާތަކަށް އަނބުރައިލުމަށް ކަލޭމެންނަކަށް ކުޅަދާނަ ނުވާނެއެވެ. (އަދި ކަލޭމެންގެ އަމިއްލަ نفس ތަކަށް) نصر އެއް ދިނުމަށްވެސް ކަލޭމެންނަށް ކުޅަދާނަ ނުވާނެއެވެ. އަދި ކަލޭމެންކުރެ شِرك ކޮށް نفس އަށް އަނިޔާވެރިވެއްޖެމީހާއަށް ތިމަންރަސްކަލާނގެ ބޮޑުވެގެންވާ عذاب އެއްގެ ރަހަދައްކަވާހުށީމެވެ.
Verse 20
وَمَآ أَرْسَلْنَا قَبْلَكَ مِنَ ٱلْمُرْسَلِينَ إِلَّآ إِنَّهُمْ لَيَأْكُلُونَ ٱلطَّعَامَ وَيَمْشُونَ فِى ٱلْأَسْوَاقِ ۗ وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً أَتَصْبِرُونَ ۗ وَكَانَ رَبُّكَ بَصِيرًا
Transliteration wamā arsalnā qablaka mina l-mur'salīna illā innahum layakulūna l-ṭaʿāma wayamshūna fī l-aswāqi wajaʿalnā baʿḍakum libaʿḍin fit'natan ataṣbirūna wakāna rabbuka baṣīran
Dhivehi (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ކުރީގައި ތިމަންރަސްކަލާނގެ ފޮނުއްވި އެއްވެސް رسول ބޭކަލެއް އެބޭކަލަކު ކާނާ ފަރީނުކުޅުއްވައި އަދި އެކިބޭނުންފުޅުގައި ބާޒާރުގައި ނުހިންގަވާ އެއްވެސް ބޭކަލަކު ނުވެއެވެ. (އެބަހީ: ކޮންމެ ބޭކަލަކުވެސް ފަރިކުޅުއްވައި ބާޒާރުގައި ހިންގަވާ އުޅުއްވައެވެ.) އޭ މީސްތަކުންނޭވެ. ކަލޭމެން އެއްބަޔަކު ލެއްވީ އަނެއްބަޔަކަށްވާ إمتحان އެއް ކަމުގައެވެ. (އެބަހީ: އެއްބަޔަކަށް نبي ކަންދެއްވައި އަނެއްބަޔަކަށް ވެރިކަންދެއްވައި އަނެއްބަޔަކު މުއްސަނދިކުރައްވައި އަދި އަނެއްބަޔަކު فقير ންކަމުގައިލައްވައި ދެން މިހެންނެވެ..... ކޮންމެބަޔަކުވެސް އެބަޔަކަށް ދެވުނު އެއްޗަކަށް ރުހެއެވެ. محمّد ގެފާނަށް ދުނިޔެ ނުދެއްވައި نبي ކަންދެއްވުނީ މިގޮތުންނެވެ..... والله أعلم) ކަލޭމެން ކަލޭމެނަށް ދެވުނު ތަކެއްޗަށް ކެތްކުރާނޭހެއްޔެވެ؟ އަދި ކަލޭގެފާނުންގެ ربّ ވޮޑިގެންވަނީ އެއެންމެންގެ حال ތަކަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައެވެ.
Verse 21
۞ وَقَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا لَوْلَآ أُنزِلَ عَلَيْنَا ٱلْمَلَـٰٓئِكَةُ أَوْ نَرَىٰ رَبَّنَا ۗ لَقَدِ ٱسْتَكْبَرُوا۟ فِىٓ أَنفُسِهِمْ وَعَتَوْ عُتُوًّا كَبِيرًا
Transliteration waqāla alladhīna lā yarjūna liqāanā lawlā unzila ʿalaynā l-malāikatu aw narā rabbanā laqadi is'takbarū fī anfusihim waʿataw ʿutuwwan kabīran
Dhivehi އަދި ތިމަންރަސްކަލާނގެއާއި ބައްދަލުވުމަށް ބިރުވެތި ނުވާމީހުން ނުވަތަ އެކަމަށް ނޭދޭމީހުން ބުނެއެވެ. (محمّد ގެފާނަކީ رسول އަކު ކަމުގެ خبر ދެއްވުމަށް) އަހުރެމެންގެގާތަށް ملائكة ބޭކަލަކު ފޮނުއްވާނެ ނަމައެވެ. ނުވަތަ މަލާއިކަތްބޭކަލަކު ނުފޮނުއްވީ ކީއްވެގެންބާވައެވެ؟ ނުވަތަ އަހުރެމެންގެ ربّ އަހުރެމެންނަށް ފެންނާނެނަމައެވެ! (އޭރުން އެކަލާނގެ އެކަލޭގެފާނުންގެ رسول ކަން ތެދުކަން އަންގަވައިފީހެވެ.) ހަމަކަށަވަރުން އެ مشرك ންގެ މީހުން ބޮޑާވެ އަދި ބޮޑާކަމާއި ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅައިފިއެވެ.
Verse 22
يَوْمَ يَرَوْنَ ٱلْمَلَـٰٓئِكَةَ لَا بُشْرَىٰ يَوْمَئِذٍ لِّلْمُجْرِمِينَ وَيَقُولُونَ حِجْرًا مَّحْجُورًا
Transliteration yawma yarawna l-malāikata lā bush'rā yawma-idhin lil'muj'rimīna wayaqūlūna ḥij'ran maḥjūran
Dhivehi އަދި އެމީހުން މަލާއިކަތްބޭކަލުން ދެކޭދުވަހުން އެބަހީ: قيامة ދުވަހުން އެއްވެސް އުފާވެރިކަމެއް އެ مجرم ންނަކަށް ނުވެއެވެ. އަދި އެބޭކަލުން (އެމީހުންނަށް ވިދާޅުވާނެއެވެ.) އުފާވެރިކަން ކަލޭމެނަށް حرام އެވެ. އަދި حرام ވެވިގެންވެއެވެ.
Verse 23
وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَـٰهُ هَبَآءً مَّنثُورًا
Transliteration waqadim'nā ilā mā ʿamilū min ʿamalin fajaʿalnāhu habāan manthūran
Dhivehi އަދި އެމީހުން يعني: مُجْرِمُ ންގެ މީހުން ކުރިނަމަ ކުރިހެޔޮ عمل އަކާއިމެދު އިރާދަކުރެއްވިގޮތަކީ އެތަކެތި ވަޔަށް ބުރައިގެންދާ ކުނޑިތަކެއް (ނުވަތަ އަވިރޮނގުގެތެރޭ އެނބުރި އެނބުރި އެހުންނަ ކުނޑިތަކެއް) ފަދައިން އެމީހުންގެ عمل ތައް ތިމަންރަސްކަލާނގެ ލެއްވުމެވެ. (އެބަހީ: އެމީހުންގެ عمل ން އެމީހުންނަށް އެއްވެސް منفع އެއް ނުކުރާނެއެވެ.)
Verse 24
أَصْحَـٰبُ ٱلْجَنَّةِ يَوْمَئِذٍ خَيْرٌ مُّسْتَقَرًّا وَأَحْسَنُ مَقِيلًا
Transliteration aṣḥābu l-janati yawma-idhin khayrun mus'taqarran wa-aḥsanu maqīlan
Dhivehi އެދުވަހުން ސުވަރުގޭގެ އެކުވެރިންވާނީ قرار ވެތިބުމަށް ހެޔޮވެގެންވާ ތަނެއްގައެވެ. އަދި އެމީހުން قَيْلُوْلَة ކުރާވަގުތު އަރާމުކުރާތަން ރަނގަޅުވެ ފައްކާވެގެންނެވެ. އެއީ ސުވަރުގެއެވެ.
Verse 25
وَيَوْمَ تَشَقَّقُ ٱلسَّمَآءُ بِٱلْغَمَـٰمِ وَنُزِّلَ ٱلْمَلَـٰٓئِكَةُ تَنزِيلًا
Transliteration wayawma tashaqqaqu l-samāu bil-ghamāmi wanuzzila l-malāikatu tanzīlan
Dhivehi އަދި غَمَامُ ފިޔަވައި، އެބަހީ: ހުދުވިލާގަނޑުން އުޑުފަޅަފަޅައިގެންގޮސް ކުދިކުދިވެ އަދި ކަނޑައެޅިގެން މަލާއިކަތްބޭކަލުން ފޮނުއްވެވި ބިމަށް ފައިބާވަޑައިގަންނަވާ ދުވަސް ހަނދުމަފުޅުކުރައްވާށެވެ! (އެއީ قيامة ދުވަހެވެ.)
Verse 26
ٱلْمُلْكُ يَوْمَئِذٍ ٱلْحَقُّ لِلرَّحْمَـٰنِ ۚ وَكَانَ يَوْمًا عَلَى ٱلْكَـٰفِرِينَ عَسِيرًا
Transliteration al-mul'ku yawma-idhin l-ḥaqu lilrraḥmāni wakāna yawman ʿalā l-kāfirīna ʿasīran
Dhivehi އެދުވަހުން ވެރިކަމާއި ރަސްކަން حقّ ގޮތުގައި އޮންނާނީ ހަމަ ސީދާ رحمن ވަންތަ ﷲ އަށެވެ. އަދި އެދުވަސްވަނީ ކާފަރުންގެމައްޗަށް ދަތިއުނދަގޫ ދުވަހެއްކަމުގައެވެ.
Verse 27
وَيَوْمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَـٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًا
Transliteration wayawma yaʿaḍḍu l-ẓālimu ʿalā yadayhi yaqūlu yālaytanī ittakhadhtu maʿa l-rasūli sabīlan
Dhivehi އަދި އަނިޔާވެރިޔާ (مشرك މީހާ) އޭނާގެ ދެއަތުގައި އޭނާ ދަތްއަޅާދުވަސް (ހަނދާންކުރާށެވެ!). އޭނާ قيامة ދުވަހުން ބުނާނެއެވެ. އަހުރެން رسول އާއިއެކު މަގެއްހިފައި އެކަލޭގެފާނުންގެ މަގާއި تبع ވެވުނުނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟
Verse 28
يَـٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًا
Transliteration yāwaylatā laytanī lam attakhidh fulānan khalīlan
Dhivehi އޭ އަހުރެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ. (رسولއާގެ މަގުދޫކޮށް) އެވެނިމީހާ އަހުރެންގެ رحمة ތެރިއަކުކަމުގައި (تبع ވެވޭ މީހަކުކަމުގައި) ނުހިފުނުނަމަ ކިހާރަނގަޅުވީސްހެއްޔެވެ؟
Verse 29
لَّقَدْ أَضَلَّنِى عَنِ ٱلذِّكْرِ بَعْدَ إِذْ جَآءَنِى ۗ وَكَانَ ٱلشَّيْطَـٰنُ لِلْإِنسَـٰنِ خَذُولًا
Transliteration laqad aḍallanī ʿani l-dhik'ri baʿda idh jāanī wakāna l-shayṭānu lil'insāni khadhūlan
Dhivehi ހަމަކަށަވަރުން އަހުރެން އެފަރާތަކާއި تبع ވީފަރާތް އަހުރެން قرآن އަށް إيمان ވިޔަނުދީ މަގުފުރައްދައިފިއެވެ. އެއީ އަހުރެންނަށް އެ ذِكر (އެބަހީ: قرآن އަށް އީމާންވާންވާނެކަން އެނގުމަށްފަހުގައެވެ. އަދި شيطان އާ ވަނީ އިންސާނާއަށް ކެހިވެރި އަދި ލަނޑުދޭ މީހަކުކަމުގައެވެ.
Verse 30
وَقَالَ ٱلرَّسُولُ يَـٰرَبِّ إِنَّ قَوْمِى ٱتَّخَذُوا۟ هَـٰذَا ٱلْقُرْءَانَ مَهْجُورًا
Transliteration waqāla l-rasūlu yārabbi inna qawmī ittakhadhū hādhā l-qur'āna mahjūran
Dhivehi އަދި (އަނިޔާވެރިން އަތްތަކުގައި އެމީހުން ދަތްއަޅާ ދުވަހުން يعني: قيامة ދުވަހުން) رسول ﷺ ﷲ އަށް ދަންނަވާނެއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ قوم ގެމީހުން މި قرآن އަކީ ދުރަށް އެއްލާލެވިފައިވާ އެއްޗަކަށް ހަދައިލައިފިއެވެ. • ދަންނައެވެ. މިއާޔަތަކީ قرآن އަށް حكم ނުކުރާ އަދި އޭގައިވާގޮތަށް عمل ނުކުރާ ކޮންމެމީހަކަށް ﷲ ގެ حضرة ން އައިސްފައިވާ ގަދަ وعيد ގެ ބަސްފުޅެކެވެ. ބިރުވެރި ބަސްފުޅެކެވެ. قيامة ދުވަހުން ﷲ ގެ حضرة ގައި މާތްވެގެންވާ رسول شكوى ދަންނަވާނެއެވެ. قرآن އާއިމެދު أمّة ގެމީހުން ކަންތައްކުރި إهانة ތެރި ގޮތާއިމެދުގައެވެ. ތެދުތެދަށް ދަންނަވާނަމަ މިއަދު އަޅުގަނޑުމެންގެ عمل މިހުރީ ހަމަ ސެންޓުން ސެންޓަށް އެޔާއިއެއްގޮތަށެވެ. قرآن ގެ حكم ތައް އެހުރީ ހުރިތާނގައެވެ. މާމޮޅު އަމިއްލަ قانون ތަކަކާއި قوعد ތަކެއް ހަދާ މާބޯބޮޑެތި ބަޔަކަށްވެގެން قرآن އަށް މާތްކޮށް ހިތުމުގެ ނަމުގައި އެފޮތް ނަގާ ފޮތް ކާލިގަނޑުމަތީ ބާއްވައި ނުވަތަ އުރައެއްލައްވާ ސޯކޭހުތެރޭގައި ރައްކާތެރިކަމާއިއެކު ބާއްވަނީއެވެ. ފޮތް ބާވައިލެއްވުމުގެ مقصد ވެސް ނޭނގުނެވެ. ނުވަތަ މާތް رسول އާއަށްވެސް ނޭނގޭ تأويل ތައްކޮށް އާޔަތުގެ ނުއަތުމާނަ ނަގައި ތިމާމެންގެ އަމިއްލަ އެދުމުގައި ފޮތިއަޅަނީއެވެ. والعياذ بﷲ
Verse 31
وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا مِّنَ ٱلْمُجْرِمِينَ ۗ وَكَفَىٰ بِرَبِّكَ هَادِيًا وَنَصِيرًا
Transliteration wakadhālika jaʿalnā likulli nabiyyin ʿaduwwan mina l-muj'rimīna wakafā birabbika hādiyan wanaṣīran
Dhivehi އަދި محمّد ﷺ އަށްވެސް عَدُوّ ންލެއްވިފަދައިން ތިމަންރަސްކަލާނގެ ކޮންމެ نبي އަކަށްވެސް مُجْرِم ންގެތެރެއިން (ކުށްވެރި ނުބައި މީހުންގެތެރެއިން) عدوّ ން ލެއްވީމެވެ. އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ކަލާނގެ ތެދުމަގު ދައްކަވާކަލަކު ކަމުގައްޔާ نصر ވެރިއަކު ކަމުގައި ފުދިވޮޑިގެންވެއެވެ.
Verse 32
وَقَالَ ٱلَّذِينَ كَفَرُوا۟ لَوْلَا نُزِّلَ عَلَيْهِ ٱلْقُرْءَانُ جُمْلَةً وَٰحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَ ۖ وَرَتَّلْنَـٰهُ تَرْتِيلًا
Transliteration waqāla alladhīna kafarū lawlā nuzzila ʿalayhi l-qur'ānu jum'latan wāḥidatan kadhālika linuthabbita bihi fuādaka warattalnāhu tartīlan
Dhivehi އަދި ކާފަރުންގެ މީހުން ބުނެއެވެ. އެކަލޭގެފާނުންގެ މައްޗަށް އެކީއެކަށް އެއްފަހަރާ قرآن ބާވައި ނުލެއްވީ ކީއްވެގެންބާވައެވެ؟ ނުވަތަ އެއްފަހަރާ ބާވައިލައްވާނޭނަމައެވެ. (އޭގެ جواب ގައި ﷲ އަންގަވައެވެ.) އެއީ ކަލޭގެފާނުންގެ ހިތްޕުޅު ސާބިތުކުރެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن ވަރަށްރަނގަޅަށް ثابت ކުރައްވައި بيان ކުރެއްވީމެވެ.
Verse 33
وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَـٰكَ بِٱلْحَقِّ وَأَحْسَنَ تَفْسِيرًا
Transliteration walā yatūnaka bimathalin illā ji'nāka bil-ḥaqi wa-aḥsana tafsīran
Dhivehi (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ އަރިހަށް އެމީހުންގެނައި (އަދި ގެންނަ) ކޮންމެ މިސާލަކަށް އެ مثال އެއް باطل ވާފަދަ حقّ ތެދު بيان ތިމަންރަސްކަލާނގެ ގެނަސް ނުދެއްވާ އެއް مثال އެއްވެސް އެ مشرك ންގެމީހުން ކަލޭގެފާނުންގެ އަރިހަށް ގެނަސް ނުދެއެވެ. އަދި އޭގެ ރަނގަޅު މޮޅު تفصيل ތިމަންރަސްކަލާނގެ ކަލޭގެފާނަށް ގެނަސްދެމެވެ.
Verse 34
ٱلَّذِينَ يُحْشَرُونَ عَلَىٰ وُجُوهِهِمْ إِلَىٰ جَهَنَّمَ أُو۟لَـٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ سَبِيلًا
Transliteration alladhīna yuḥ'sharūna ʿalā wujūhihim ilā jahannama ulāika sharrun makānan wa-aḍallu sabīlan
Dhivehi އެ مشرك ންނަކީ އެމީހުންގެ މޫނުތައް ވަތަށް ނަރަކައަށް އެއްކުރެވޭނެ މީހުންނެވެ. އަދި އެމީހުންނަކީ ތިބޭތަނުގެ ގޮތުން ނުބައިވެގެންވާ މީހުންނެވެ. އަދި އެމީހުންނަކީ އެންމެބޮޑަށް މަގުފުރެދި ވާވަދެފައިވާ މީހުންނެވެ.
Verse 35
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَجَعَلْنَا مَعَهُۥٓ أَخَاهُ هَـٰرُونَ وَزِيرًا
Transliteration walaqad ātaynā mūsā l-kitāba wajaʿalnā maʿahu akhāhu hārūna wazīran
Dhivehi އަދި ހަމަކަށަވަރުން موسى (عليه السّلام) އަށް ތިމަންރަސްކަލާނގެ ފޮތްދެއްވީމެވެ. توراة ދެއްވީމެވެ. އަދި އެކަލޭގެފާނާއިއެކު އެކަލޭފާނުންގެ أخ هارون (عليه السّلام) ވާގިވެރި އެހީތެރިއަކު ކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.
Verse 36
فَقُلْنَا ٱذْهَبَآ إِلَى ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا فَدَمَّرْنَـٰهُمْ تَدْمِيرًا
Transliteration faqul'nā idh'habā ilā l-qawmi alladhīna kadhabū biāyātinā fadammarnāhum tadmīran
Dhivehi އަދި އެދެބޭކަލުންނަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގު ކުރި މީހުންގެގާތަށް (ތިމަންރަސްކަލާނގެ دليل ތަކާއި علامة ތައް ދޮގުކުރި މީހުންގެގާތަށް يعني: فرعون އާއި އޭނާގެ قوم އަށް) ތިޔައިގެ ދެބޭކަލުން ވަޑައިގަންނަވާށެވެ. އެއީ އެމީހުންނަށް ތެދުމަގަށް ގޮވައިލައްވާށެވެ. ދެން އެބޭކަލުން ވަޑައިގެން ގޮވާލެއްވުމުން އެބޭކަލުންނަށް ކިޔަމަންތެރިނުވިއެވެ. ދެންފަހެ (އެމީހުން ނުކިޔަމަންތެރިވީހިނދުން) ތިމަންރަސްކަލާނގެ އެމީހުން އެކީއެކައްޗަކަށް ހަލާކުކުރެއްވީމެވެ.
Verse 37
وَقَوْمَ نُوحٍ لَّمَّا كَذَّبُوا۟ ٱلرُّسُلَ أَغْرَقْنَـٰهُمْ وَجَعَلْنَـٰهُمْ لِلنَّاسِ ءَايَةً ۖ وَأَعْتَدْنَا لِلظَّـٰلِمِينَ عَذَابًا أَلِيمًا
Transliteration waqawma nūḥin lammā kadhabū l-rusula aghraqnāhum wajaʿalnāhum lilnnāsi āyatan wa-aʿtadnā lilẓẓālimīna ʿadhāban alīman
Dhivehi އަދި نوح عليه السّلام ގެ قوم، އެމީހުން رسول ބޭކަލުން ދޮގުކުރިހިނދުން ތިމަންރަސްކަލާނގެ އެމީހުން غرق ކުރައްވައި ހަލާކުކުރެއްވީމެވެ. އަދި މީސްތަކުންނަށްވާ عِبْرَة އަކާއި ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ دليل އެއްކަމުގައި އެމީހުންގެ ކަންތައްލެއްވީމެވެ. އަދި އަނިޔާވެރިންނަށް - مشرك ންނަށް - ވޭންދެނިވި عذاب އެއް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.
Verse 38
وَعَادًا وَثَمُودَا۟ وَأَصْحَـٰبَ ٱلرَّسِّ وَقُرُونًۢا بَيْنَ ذَٰلِكَ كَثِيرًا
Transliteration waʿādan wathamūdā wa-aṣḥāba l-rasi waqurūnan bayna dhālika kathīran
Dhivehi (އަދި عاد ބާގައިމީހުންނާއި ثُمُود ބާގައިގެމީހުންނާއި އަދި رَسُّ (1) (ވަޅު) ގެ އެކުވެރިންނާއި އަދި އެދެމެދުގެ އެތައް أمّة ތަކެއް (ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.)
Verse 39
وَكُلًّا ضَرَبْنَا لَهُ ٱلْأَمْثَـٰلَ ۖ وَكُلًّا تَبَّرْنَا تَتْبِيرًا
Transliteration wakullan ḍarabnā lahu l-amthāla wakullan tabbarnā tatbīran
Dhivehi އަދި އެއިން ކޮންމެ أمّة އަކަށްވެސް ތިމަންރަސްކަލާނގެ مثال ތައް ޖައްސަވައި حجّة ތައް بيان ކޮށްދެއްވީމެވެ. އަދި އެއިން ކޮންމެ ބަޔަކުވެސް (ނުކިޔަމަންތެރިވީހިނދުން) އެބަޔަކު ހަލާކުކުރައްވައި ބަރުބާދުކުރެއްވީމެވެ. (1) رَسُّ އަކީ ބޮޑު ވަޅުގަނޑެކެވެ. އެއީ إنْطَاكِية ގައިވާ ވަޅެކެވެ. حَبِيْبُ النَّجَّار މަރާފައި ވައްޓައިލީ އެވަޅަށެވެ. يسن ސޫރަތުގެ ترجمة ގައި އެވާހަކަވެއެވެ. - زُبْدَةُ التّفسير -
Verse 40
وَلَقَدْ أَتَوْا۟ عَلَى ٱلْقَرْيَةِ ٱلَّتِىٓ أُمْطِرَتْ مَطَرَ ٱلسَّوْءِ ۚ أَفَلَمْ يَكُونُوا۟ يَرَوْنَهَا ۚ بَلْ كَانُوا۟ لَا يَرْجُونَ نُشُورًا
Transliteration walaqad ataw ʿalā l-qaryati allatī um'ṭirat maṭara l-sawi afalam yakūnū yarawnahā bal kānū lā yarjūna nushūran
Dhivehi އަދި ހަމަކަށަވަރުން ނުބައިވެގެންވާ (ހިލަ) ވާރެއިން ވާރޭވެހެވުނު ރަށަށް މިމީހުން يعني: مكّة ގެ مشرك ން އައެވެ. (އެރަށް ކައިރިން އައިސްގޮސްވެއެވެ. އެއީ سَدُوم އެވެ. لُوط ބާގައިގެމީހުންގެ ރަށެވެ.) އެމީހުން ފަހެ އެރަށް ދެކޭކަމުގައި ނުވޭހެއްޔެވެ؟ (عبرة އަކަށް ނުފުދޭބާވައެވެ؟) އަދި ކިއެއްހެއްޔެވެ؟ އެމީހުން آخرة ދުވަހަށް ބިރުނުގަންނަނީއެވެ. އެދުވަހުގެ ثواب އަށް ނޭދެނީއެވެ.
Verse 41
وَإِذَا رَأَوْكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَـٰذَا ٱلَّذِى بَعَثَ ٱللَّهُ رَسُولًا
Transliteration wa-idhā ra-awka in yattakhidhūnaka illā huzuwan ahādhā alladhī baʿatha l-lahu rasūlan
Dhivehi (އޭ رسول ﷲ އެވެ.) އެ مشرك ންނަށް ކަލޭގެފާނު ފެނިއްޖެއްޔާ އެމީހުން ކަލޭގެފާނަށް މަލާމާތްކޮށް ފުރައްސާރަ ނޫނީ ނުކުރެއެވެ. (އަދި މަލާމާތުގެ ގޮތުން އެމީހުން ބުނެއެވެ.) ﷲ رسول އަކުކަމުގައި ފޮނުއްވީ މިކަލޭގެފާނު ހެއްޔެވެ؟
Verse 42
إِن كَادَ لَيُضِلُّنَا عَنْ ءَالِهَتِنَا لَوْلَآ أَن صَبَرْنَا عَلَيْهَا ۚ وَسَوْفَ يَعْلَمُونَ حِينَ يَرَوْنَ ٱلْعَذَابَ مَنْ أَضَلُّ سَبِيلًا
Transliteration in kāda layuḍillunā ʿan ālihatinā lawlā an ṣabarnā ʿalayhā wasawfa yaʿlamūna ḥīna yarawna l-ʿadhāba man aḍallu sabīlan
Dhivehi (އެ مشرك ންގެމީހުން ބުނެއެވެ.) އަހުރެމެން އަހުރެމެންގެ إله ންތަކުގެ މައްޗަށް ކެތްތެރިވެ އެތަކެއްޗަށް އަޅުކަންކުރުންމަތީ قائم ވެ ނުތިބިނަމަ އެ إله ންތަކާއި ދުރަށް އެކަލޭގެފާނު އަހުރެމެން އަނބުރައިލުން ހަމަކަށަވަރުން ގާތްވެގެންވެއެވެ. މަގުފުރައްދައިލުން ގާތްވެގެންވެއެވެ. (އޭގެ ޖަވާބުގައި ﷲ އެ އަންގަވަނީ) އެމީހުންނަށް عذاب ފެންނަހިނދުން ބޮޑަށް މަގުފުރެދިގެންވަނީ ކާކުކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ.
Verse 43
أَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا
Transliteration ara-ayta mani ittakhadha ilāhahu hawāhu afa-anta takūnu ʿalayhi wakīlan
Dhivehi (އޭ رسول ﷲ އެވެ.) ތިމާއަޅުކަންކުރާ إله އަކީ ތިމާގެ هوى نفس ކަމުގައި އެބަހީ: ތިމާގެ ހިތަށް ފެންނަހާގޮތެއްކަމުގައި ހަދައި އެގޮތް إختيار ކުރިމީހާ ކަލޭގެފާނު ދެކެވަޑައިގެންނެވީމުތޯއެވެ؟ އަޅެފަހެ އެފަދަ މީހާ އޭނާގެ އެ جاهل ކަމުގައި އޭނާގެ عمل ތައް ރައްކާތެރިކޮށް ބަލަހައްޓަވާ وكيل އަކުކަމުގައި ކަލޭގެފާނު ވެވަޑައިގަންނަވާނުތޯއެވެ؟ • ރިވާވެގެންވެއެވެ. ބުދަށް އަޅުކަންކުރާ مشرك ންގެ މީހާ އޭނާ ހިލަގަނޑަށް އަޅުކަންކޮށްކޮށްހުއްޓާ އޭނާއަށް އެއަށްވުރެ ރަނގަޅު ހިލަގަނޑެއް ފެނިއްޖެއްޔާ ކުރީ އަޅުކަންކުރި ހިލަގަނޑު އެއްލައިލާފައި ފަހުން ފެނުނު ހިލަގަނޑަށް އަޅުކަންކުރެއެވެ. އަލުންވެސް އެއަށްވުރެ ރަނގަޅު ހިލަގަނޑެއް ފެނިއްޖެއްޔާ މިހާރު އެއަޅުކަންކުރާ ހިލަގަނޑު އެއްލައިލައިފާ ފަހުން ފެނުނު ހިލަގަނޑަށް އަޅުކަންކުރެއެވެ. އެގޮތުންގޮސް އޭނާ އަޅުކަންކުރާ إله އަކީ އޭނާގެ هوى نفس إختيار ކުރާ އެއްޗަކަށް ވެދެއެވެ. މިފަދަމީހުންގެމައްޗަށް އިސްވެދިޔަ އާޔަތް ރަނގަޅަށް تَطْبِيْقُ ވެއެވެ. = تفسير طبري =
Verse 44
أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَٱلْأَنْعَـٰمِ ۖ بَلْ هُمْ أَضَلُّ سَبِيلًا
Transliteration am taḥsabu anna aktharahum yasmaʿūna aw yaʿqilūna in hum illā kal-anʿāmi bal hum aḍallu sabīlan
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ހީފުޅުކުރައްވަނީ އެމީހުންކުރެ ގިނަމީހުންނަކީ ހެޔޮބަސްއަހައި އަދި ރަނގަޅުގޮތް ވިސްނާ ބަޔަކު ކަމަށްތޯއެވެ؟ (އެހެންނޫނެވެ.) އެމީހުން نَعَمْ ސޫފިފަދައިން މެނުވީ ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ އެއަށްވުރެވެސް މަގުފުރެދުންބޮޑެވެ.
Verse 45
أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ ٱلظِّلَّ وَلَوْ شَآءَ لَجَعَلَهُۥ سَاكِنًا ثُمَّ جَعَلْنَا ٱلشَّمْسَ عَلَيْهِ دَلِيلًا
Transliteration alam tara ilā rabbika kayfa madda l-ẓila walaw shāa lajaʿalahu sākinan thumma jaʿalnā l-shamsa ʿalayhi dalīlan
Dhivehi (އޭ رسول ﷲ އެވެ!) (ފަތިސްނަމާދާއި އިރުއެރުމާއި ދެމެދުއޮންނަ) ހިޔާގަޑު ކަލޭގެފާނުންގެ ربّ ދަމަހައްޓަވާގޮތަކަށް ނުބައްލަވަމުތޯއެވެ؟ އެކަމަށް فكر ފުޅު ނުކުރައްވަމުތޯއެވެ؟ އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ އެހިޔާގަނޑު ދާއިމީގޮތެއްގައި ހަމަހިމޭނުން (އަވިނުދީ) އޮންނަގޮތަކަށްވެސް ހައްދަވައިފީހެވެ. ދެން އެހިޔާގަނޑުގެމައްޗަށްވާ دليل އެއްކަމުގައި އިރު އެކަލާނގެ ލެއްވިއެވެ. (އެހެނީ އިރުއަރާ އަވިދިނުމުން ހިޔާ ހިނގައިދެއެވެ. ހިޔާކަން އެނގެނީ އޭރުންނެވެ. ކޮންމެއެއްޗެއްވެސް ވަކިކޮށް އެގެވޭނީ އޭގެ އިދިކޮޅު އައީމައެވެ.)
Verse 46
ثُمَّ قَبَضْنَـٰهُ إِلَيْنَا قَبْضًا يَسِيرًا
Transliteration thumma qabaḍnāhu ilaynā qabḍan yasīran
Dhivehi ދެން ތިމަންރަސްކަލާނގެ حضرة އަށް އަވަސްއަވަހަށް ނުވަތަ މަޑުމަޑު ސިއްރު ހިތްޕެވުމަކުން އެހިޔާގަނޑު ތިމަންރަސްކަލާނގެ ހިތްޕަވަމެވެ.
Verse 47
وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِبَاسًا وَٱلنَّوْمَ سُبَاتًا وَجَعَلَ ٱلنَّهَارَ نُشُورًا
Transliteration wahuwa alladhī jaʿala lakumu al-layla libāsan wal-nawma subātan wajaʿala l-nahāra nushūran
Dhivehi އަދި (އޭ މީސްތަކުންނޭވެ!) ކަލޭމެނަށްޓަކައި ނިވައިވާ އެއްޗެއްކަމުގައި يعني: ލިބާހެއްކަމުގައި ރޭގަނޑުލެއްވީ އެކަލާނގެއެވެ. އަދި ކަލޭމެނަށްޓަކައި ނިދި އެއީ އަރާމެއްކަމުގައި ލެއްވީވެސް ހަމަ އެކަލާނގެއެވެ. އަދި ދުވާލަކީ މަސައްކަތަށް ހިނގާބިނގާވެ ފެތުރިގަންނަ ވަގުތެއްކަމުގައި އެކަލާނގެ ލެއްވިއެވެ.
Verse 48
وَهُوَ ٱلَّذِىٓ أَرْسَلَ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً طَهُورًا
Transliteration wahuwa alladhī arsala l-riyāḥa bush'ran bayna yaday raḥmatihi wa-anzalnā mina l-samāi māan ṭahūran
Dhivehi އަދި އެކަލާނގެ رحمة އެއްކަމުގައިވާ ވާރޭފެނުގެ ކުރިން (ފެންއައުމުގެ އުފާވެރިކަމެއްގެގޮތުން) ވައިޖެއްސެވީވެސް ހަމަ އެކަލާނގެއެވެ. ﷲ އެވެ. (އަދި އެކަލާނގެ وحي ކުރެއްވިއެވެ.) އަދި އުޑުން ހަމަސީދާ ސާފު طهور ފެން ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.
Verse 49
لِّنُحْـِۧىَ بِهِۦ بَلْدَةً مَّيْتًا وَنُسْقِيَهُۥ مِمَّا خَلَقْنَآ أَنْعَـٰمًا وَأَنَاسِىَّ كَثِيرًا
Transliteration linuḥ'yiya bihi baldatan maytan wanus'qiyahu mimmā khalaqnā anʿāman wa-anāsiyya kathīran
Dhivehi އެއީ އެފެނުގެ ސަބަބުން މަރުވެފައިވާ ރަށް ދިރުވުމަށެވެ. (ގަސްފެޅުވުމަށެވެ.) އަދި ތިމަންރަސްކަލާނގެ ހެއްދެވިތަކެތީގެތެރެއިން نَعَمْ ސޫތްޕާއި އަދި ގިނަ އިންސާނުންނަށް ތިމަންރަސްކަލާނގެ އެފެން ބޯންދެއްވުމަށެވެ. މިއިން މުރާދުކުރެވެނީ ދިރޭތަކެއްޗެވެ.
Verse 50
وَلَقَدْ صَرَّفْنَـٰهُ بَيْنَهُمْ لِيَذَّكَّرُوا۟ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًا
Transliteration walaqad ṣarrafnāhu baynahum liyadhakkarū fa-abā aktharu l-nāsi illā kufūran
Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުންގެ މެދުގައި އެފެން ބައްސަވަމެވެ. އެއީ ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވާ ދަރުމަކުރައްވާ نعمة އެމީހުން ހަނދާންކުރުމަށެވެ. އަދި އެހެނެއްކަމަކު ގިނަމީސްތަކުން (نعمة އަށް) ކާފަރުވުން މެނުވީ إختيار ނުކުރިއެވެ. نعمة އަށް شكر ކުރުމުން مَنَع ވެގަތީއެވެ.
Verse 51
وَلَوْ شِئْنَا لَبَعَثْنَا فِى كُلِّ قَرْيَةٍ نَّذِيرًا
Transliteration walaw shi'nā labaʿathnā fī kulli qaryatin nadhīran
Dhivehi އަދި ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިނަމަ ކޮންމެރަށަކަށްވެސް نَذِيْرُ އަކު ފޮނުއްވައިފީހެވެ. إنْذَار ކުރާނޭ ބޭކަލަކު ފޮނުއްވައިފީހެވެ.
Verse 52
فَلَا تُطِعِ ٱلْكَـٰفِرِينَ وَجَـٰهِدْهُم بِهِۦ جِهَادًا كَبِيرًا
Transliteration falā tuṭiʿi l-kāfirīna wajāhid'hum bihi jihādan kabīran
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ކާފަރުންނަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ! އަދި އެމީހުންނާއި އިދިކޮޅަށް ބޮޑުވެގެންވާ جِهَاد އަކުން جِهَاد ކުރައްވާށެވެ.
Verse 53
۞ وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَـٰذَا عَذْبٌ فُرَاتٌ وَهَـٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَّحْجُورًا
Transliteration wahuwa alladhī maraja l-baḥrayni hādhā ʿadhbun furātun wahādhā mil'ḥun ujājun wajaʿala baynahumā barzakhan waḥij'ran maḥjūran
Dhivehi އަދި (މީރުފެނާ ލޮނުފެނާ) ދެކަނޑު އެކުއެކުއޮންނަގޮތަށް ލެއްވީ ހަމަ އެކަލާނގެއެވެ. (ﷲ އެވެ.) އެއްކަނޑު މިއީ ހަމަ މީރު މީރުކަންގަދަ ފެނެވެ. އަނެއްކަނޑު މިއީ ލޮނުކަންގަދަ ލޮނު ހިތިފެނެވެ. (ދެކަނޑު މިވަނީ އެކުއެކުގައެވެ.) އެކަމަކު އެދެކަނޑު ދެމެދުގައި (މީހުނަށް ނޭނގޭ) ހުރަހެއް އެކަލާނގެ ލެއްވިއެވެ. (އަދި އެއްގޮތަކަށްވެސް މައްސުނިވެ އެކުނުވާނޭގޮތުން) ބަންދުކުރައްވައި އެއްކަނޑު އަނެއްކަނޑަށް ވަދެ ދެކަނޑު ދެކަނޑަށް فَاسِدُ ވުން އެއީ حَرام ވެގެންވާ ކަމެއްކަމުގައި އެކަލާނގެ ލެއްވިއެވެ.\n• ދަންނައެވެ. މިބާވަތުގެ ތަންތަން يعني: ދެކަނޑު ޖެހުނު ތަންތަން ފެނުން ފާހަގަކުރެވޭ ކަމުގައިވެއެވެ. އެއްފަރާތުން ފެންފޮދެއްނަގައި ބޮއިލާއިރު ހަމަ މީރުފެނެވެ. އަނެއްފަރާތުން ފެންފޮދެއް ނަގައި ބޮއިލާއިރު ހަމަ ގަދަލޮނެވެ. އެއްކަނޑެވެ. އެއްވެސް ބާވަތެއްގެ ފާރެއް ނުވަތަ ވަކިކުރުމެއް ލޮލަކަށް ނުފެނެއެވެ. އެބާވަތުގެ ތަންތަނުން ފެންބުއިކުދިން އަޅުގަނޑާއެކު އެއްކުލާހެއްގައިވެސް ތިއްބެވެ. މިފަދަމިފަދަ ކަންކަމަކީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ ފުރިހަމަ ހެއްކެވެ. دليل އެވެ.
Verse 54
وَهُوَ ٱلَّذِى خَلَقَ مِنَ ٱلْمَآءِ بَشَرًا فَجَعَلَهُۥ نَسَبًا وَصِهْرًا ۗ وَكَانَ رَبُّكَ قَدِيرًا
Transliteration wahuwa alladhī khalaqa mina l-māi basharan fajaʿalahu nasaban waṣih'ran wakāna rabbuka qadīran
Dhivehi އަދި އެކަލާނގެއީ يعني: ﷲ އީ މަނިފޮދުވަރަކުން އިންސާނާ ހައްދަވައި ދެން އެއިންސާނާއީ ނަސަބުކަމުގައްޔާއި އަދި ޅިޔަންފަހަރިކަމުގައި ލެއްވި ކަލާނގެއެވެ. (އެބަހީ: ނަސަބު ދަމަހައްޓައި ޅިޔަންފަހަރި ވާނޭގޮތް ލެއްވިއެވެ.) (އަދި އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ އެއީ ކުޅަދުންވަންތަކަލަކު ކަމުގައިވިއެވެ.
Verse 55
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُهُمْ وَلَا يَضُرُّهُمْ ۗ وَكَانَ ٱلْكَافِرُ عَلَىٰ رَبِّهِۦ ظَهِيرًا
Transliteration wayaʿbudūna min dūni l-lahi mā lā yanfaʿuhum walā yaḍurruhum wakāna l-kāfiru ʿalā rabbihi ẓahīran
Dhivehi އަދި އެމީހުން - يعني: مشرك ން - އެމީހުންނަށް ފައިދާއެއް ނުކުރާ އަދި އެމީހުންނަށް ގެއްލުމެއް އަދި އުނދަގުލެއްވިޔަސް ނުދެވޭ އެއްޗެހިތަކަކަށް އެމީހުން ﷲ ފިޔަވައި އަޅުކަންކުރަނީއެވެ. އަދި ކާފަރު އިންސާނާވީ އޭނާގެ ربّ އާއި އިދިކޮޅަށް (شيطان އާއަށް) ވާގިދޭ ވާގިވެރިޔަކު ކަމުގައެވެ.
Verse 56
وَمَآ أَرْسَلْنَـٰكَ إِلَّا مُبَشِّرًا وَنَذِيرًا
Transliteration wamā arsalnāka illā mubashiran wanadhīran
Dhivehi އަދި (އޭ رسول ﷲ އެވެ!) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި އަދި إنْذَار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމާއިގެން ނުފޮނުއްވަމުއެވެ.
Verse 57
قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ إِلَّا مَن شَآءَ أَن يَتَّخِذَ إِلَىٰ رَبِّهِۦ سَبِيلًا
Transliteration qul mā asalukum ʿalayhi min ajrin illā man shāa an yattakhidha ilā rabbihi sabīlan
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އެކަމުގެ މައްޗަށް އެބަހީ: رسول ކަން އިއްވަވާތީ އެކަމުގެމައްޗަށް ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް / ފީއަކަށް ނޭދެމެވެ. (އެކަމަކު ތިމަންކަލޭގެފާނު މިއެދެނީ) އެދޭމީހަކުވިއްޔާ އެމީހަކު ހައްދަވާބޮޑުކުރެއްވި ربّ ގެ حضرة އަށް މަގެއް ހިފުމަށެވެ. ﷲ ގެ حضرة އަށް ކިޔަމަންތެރިވެ އެކަލާނގެއަށް إيمان ވުމަށެވެ.
Verse 58
وَتَوَكَّلْ عَلَى ٱلْحَىِّ ٱلَّذِى لَا يَمُوتُ وَسَبِّحْ بِحَمْدِهِۦ ۚ وَكَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا
Transliteration watawakkal ʿalā l-ḥayi alladhī lā yamūtu wasabbiḥ biḥamdihi wakafā bihi bidhunūbi ʿibādihi khabīran
Dhivehi (އޭ رسول ﷲ އެވެ!) އަދި މަރުވުމެއްނެތް ދިރިދެމިވޮޑިގެންވާ ކަލާނގެއަށް يعني: ﷲ އަށް - ކަލޭގެފާނު وكيل ކުރައްވާށެވެ! އިތުބާރުކުރައްވާށެވެ! އަދި އެކަލާނގެއަށް تسبيح ވިދާޅުވެ حمد ކުރައްވާށެވެ! އަދި އެކަލާނގެ އަޅުތަކުން ކުރާ ފާފަތަކުގެ خبر ދެނެވޮޑިގެންވާކަލަކު ކަމުގައި އެކަލާނގެ ފުދިވޮޑިގެންވެއެވެ. (އެހެނީ އެކަލާނގެއަށް އެއްވެސް އެއްޗެއް ވަންހަނާވެގެން ނުވެއެވެ.)
Verse 59
ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ ٱلرَّحْمَـٰنُ فَسْـَٔلْ بِهِۦ خَبِيرًا
Transliteration alladhī khalaqa l-samāwāti wal-arḍa wamā baynahumā fī sittati ayyāmin thumma is'tawā ʿalā l-ʿarshi l-raḥmānu fasal bihi khabīran
Dhivehi އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާތަކެތި ހަދުވަހުގެތެރޭގައި ހެއްދެވި ކަލާނގެއެވެ. ދެން އެކަލާނގެ عَرْشِ އަށް إسْتواى ވެވޮޑިގެންނެވިއެވެ. އެއީ رحمن ވަންތަ ކަލާނގެއެވެ. ފަހެ خبر ތައް ދެނެވޮޑިގެންވާ އަދި خبر ތައް ދެއްވާ ކަލެއްގެގޮތުން އެކަލާނގެއާއި ސުވާލުކުރައްވާށެވެ! (އެހެނީ އެކަލާނގެ ހުރިހާކަމެއްގެ خبر ދެނެވޮޑިގެންވެއެވެ. - ނުވަތަ އެކަލާނގެއީ ކޮންފަދަ ކަލަކުކަން ސާފުކުރުމަށް ރަނގަޅަށް خبر ދަންނަ ފަރާތަކާއި ސުވާލުކުރާށެވެ. - މިދެތަރުޖަމާވެސްވެއެވެ. والله أعلم.
Verse 60
وَإِذَا قِيلَ لَهُمُ ٱسْجُدُوا۟ لِلرَّحْمَـٰنِ قَالُوا۟ وَمَا ٱلرَّحْمَـٰنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا ۩
Transliteration wa-idhā qīla lahumu us'judū lilrraḥmāni qālū wamā l-raḥmānu anasjudu limā tamurunā wazādahum nufūran
Dhivehi އަދި ކަލޭމެން رَحْمنُ ވަންތަ ﷲ އަށް سَجِدة ކުރާށޭ އެމީހުންނަށް يعني: ﷲ ފިޔަވައި އެހެންފަރާތްތަކަށް އަޅުކަންކުރާ މީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. الرّحْمن އެއީ ކާކުހެއްޔެވެ؟ ކަލޭގެފާނު އަހުރެމެންނަށް އަމުރުކުރާ އެއްޗަކަށް އަހުރެމެން سَجِدة ކުރަންވީހެއްޔެވެ؟ (އެހެން ހަމައެގޮތަށް سَجِدة ނުކުރާނަމެވެ!) އަދި ނުރުހުމާއި ދުރަށް ފިލައިގެންދިއުން މެނުވީ އެމީހުންނަށް އިތުރުނުވެއެވެ.
Verse 61
تَبَارَكَ ٱلَّذِى جَعَلَ فِى ٱلسَّمَآءِ بُرُوجًا وَجَعَلَ فِيهَا سِرَٰجًا وَقَمَرًا مُّنِيرًا
Transliteration tabāraka alladhī jaʿala fī l-samāi burūjan wajaʿala fīhā sirājan waqamaran munīran
Dhivehi އުޑުގައި ގަނޑުވަރުތައް ލެއްވި ކަލާނގެ ބަރަކާތްވަންތަވެވޮޑިގެންވެއެވެ. (އެކަލާނގެ فَضْل ވަންތަކަމާއި ދަރުމަވަންތަކަން ގިނަވެގެންވެއެވެ.) އަދި އެކަލާނގެ އެއުޑުގައި ބައްތިއަކާއި އެބަހީ: އިރަކާއި އަދި އަލިކުރާ ހަނދެއްލެއްވިއެވެ.
Verse 62
وَهُوَ ٱلَّذِى جَعَلَ ٱلَّيْلَ وَٱلنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُورًا
Transliteration wahuwa alladhī jaʿala al-layla wal-nahāra khil'fatan liman arāda an yadhakkara aw arāda shukūran
Dhivehi އަދި ހަމަ އެކަލާނގެ ރޭގަނޑާއި ދުވާލު އެކައްޗަކަށްފަހު އަނެކަތި އަންނަގޮތަށް ލެއްވިއެވެ. (އެގޮތަށް ނުވާނަމަ ރޭގަނޑާއި ދުވާލު ވަކިނުވީހެވެ. އަދި އަހަރުތަކާއި ވަގުތުތައް އޮޅުން ނުފިލީހެވެ.) އެއީ ﷲ ގެ އަމުރުފުޅުތައް އެދޭމީހަކަށް އެކަން قصد ކުރާމީހަކަށް ނުވަތަ ހަނދާންކުރާމީހަކަށް ނުވަތަ އެކަލާނގެ نعمة އަށް شكر ކުރުމަށް އެދޭމީހަކަށެވެ. (އެމީހަކު އެކަންކުރާ ހުށިކަމެވެ.)
Verse 63
وَعِبَادُ ٱلرَّحْمَـٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ ٱلْجَـٰهِلُونَ قَالُوا۟ سَلَـٰمًا
Transliteration waʿibādu l-raḥmāni alladhīna yamshūna ʿalā l-arḍi hawnan wa-idhā khāṭabahumu l-jāhilūna qālū salāman
Dhivehi އަދި رحمن ވަންތަ ކަލާނގެ އަޅުތަކުން (ދަންނައެވެ.) އެމީހުންނަކީ ބިމުގައި ހިނގާއިރު މަޑުމައިތިރިކަމާއި تواضع ވެރިކަމާއިއެކު ހިނގާމީހުންނެވެ. އަދި ތަންދޮރު ނޭނގޭ جاهل މީހުން އެމީހުންނާއި ވާހަކަދައްކާ ހިތްހަމަނުޖެހޭފަދައަކުން مُخَاطب ކޮށްފިއްޔާވެސް އެޖާހިލުންނަށް ސީދާ ތެދުބަހުން ޖަވާބުދެއެވެ. ނުވަތަ ގިނަވާހަކަނުދައްކައި ހަމައެކަނި ސަލާމު އެވެބުނެއެވެ.
Verse 64
وَٱلَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَـٰمًا
Transliteration wa-alladhīna yabītūna lirabbihim sujjadan waqiyāman
Dhivehi އަދި އެމީހުންނަކީ يعني: رحمن ވަންތަ ﷲ ގެ އަޅުތަކުންނަކީ އެމީހުން ހައްދަވާބޮޑުކުރައްވާ ربّ އަށް سَجِدَة ކުރުމާއި قِيَامُ ކުރާ حال (އެބަހީ: އެކަލާނގެއަށް އަޅުކަންކުރާ حال) އެމީހުން ރޭގަނޑު ވޭތިކުރާ މީހުންނެވެ.
Verse 65
وَٱلَّذِينَ يَقُولُونَ رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا
Transliteration wa-alladhīna yaqūlūna rabbanā iṣ'rif ʿannā ʿadhāba jahannama inna ʿadhābahā kāna gharāman
Dhivehi އަދި އެމީހުންނަކީ މިފަދައިން ދަންނަވާ دعاء ކުރާ މީހުންނެވެ. " އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެ ކިބައިން ނަރަކައިގެ عَذاب ދުރުކުރައްވާންދޭވެ!". ހަމަކަށަވަރުން އެތާނގެ عذاب އެއީ (عذاب ލިބޭމީހާ އާއި) ވަކިވެނުދާ އެއްޗެއްކަމުގައިވެއެވެ.
Verse 66
إِنَّهَا سَآءَتْ مُسْتَقَرًّا وَمُقَامًا
Transliteration innahā sāat mus'taqarran wamuqāman
Dhivehi ހަމަކަށަވަރުން އެތަނަކީ قَرَارُ ވެތިބޭތަނުގެ ގޮތުންނާއި قائم ވެތިބޭ ތަނުގެގޮތުން ވަރަށްވެސް ނުބައިވެގެންވާ ތަނެކެވެ.
Verse 67
وَٱلَّذِينَ إِذَآ أَنفَقُوا۟ لَمْ يُسْرِفُوا۟ وَلَمْ يَقْتُرُوا۟ وَكَانَ بَيْنَ ذَٰلِكَ قَوَامًا
Transliteration wa-alladhīna idhā anfaqū lam yus'rifū walam yaqturū wakāna bayna dhālika qawāman
Dhivehi އަދި އެމީހުން އެބަހީ: رحمن ވަންތަ ﷲ ގެ އަޅުތަކުން ހޭދައެއްކުރަންޏާ އެމީހުން إسراف ނުކުރެއެވެ. (ﷲ ގެ އުރެދުމުގައި މުދާހޭދަނުކުރެއެވެ.) އަދި خرد ކުރުން حقّ ވަރަށް خرد ނުކޮށްވެސް ނުހިފަހައްޓައެވެ. އެމީހުންގެ ހޭދަކުރުންވަނީ އެދެމެދުގެ މެދުމިނަށެވެ. عدل ވެރިގޮތަށެވެ.
Verse 68
وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا
Transliteration wa-alladhīna lā yadʿūna maʿa l-lahi ilāhan ākhara walā yaqtulūna l-nafsa allatī ḥarrama l-lahu illā bil-ḥaqi walā yaznūna waman yafʿal dhālika yalqa athāman
Dhivehi އަދި އެމީހުން ﷲ އާއިއެކު އެހެން إله އަކަށް دعاء ކޮށް ގޮވާނަހަދައެވެ. އަދި ﷲ حرام ކުރައްވާ حرمة ތެރިކުރައްވާފަވާ އެއްވެސް نفس އެއް حقّ އަކާލައިގެން މެނުވީ އެމީހުން ނުމަރައެވެ. އަދި އެމީހުން ޒިނޭ ނުކުރެއެވެ. އަދި އެކަންކޮށްފިމީހާ (އެބަހީ: އިސްވެދިޔަ ފާފައިގެތެރެއިން ކަމެއްކޮށްފި މީހާއަށް) އެކަމުގެ عذاب އާއި عقوبَة ލިބޭހުއްޓެވެ.
Verse 69
يُضَـٰعَفْ لَهُ ٱلْعَذَابُ يَوْمَ ٱلْقِيَـٰمَةِ وَيَخْلُدْ فِيهِۦ مُهَانًا
Transliteration yuḍāʿaf lahu l-ʿadhābu yawma l-qiyāmati wayakhlud fīhi muhānan
Dhivehi އަދި قِيَامَة ދުވަހުން އެމީހަކަށް عذَاب ގިނަކުރައްވާހުއްޓެވެ. އަދި އެ عذاب ގައި إهَانَة ތެރިވެގެންވާ حَالُ އޭނާ ދެމިހުންނަހުއްޓެވެ.
Verse 70
إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًا صَـٰلِحًا فَأُو۟لَـٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَـٰتٍ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
Transliteration illā man tāba waāmana waʿamila ʿamalan ṣāliḥan fa-ulāika yubaddilu l-lahu sayyiātihim ḥasanātin wakāna l-lahu ghafūran raḥīman
Dhivehi އަދި އެމީހަކު އީމާންވެ تَوبَة ވެ އަދި صَالح عمل ކުރި ކޮންމެ މީހަކު ދަންނައެވެ. އެފަދަ މީހުންގެ ނުބައިކަންތައްތައް ހެޔޮކަންތައްތަކަށް ﷲ ބަދަލުކޮށްދެއްވާހުއްޓެވެ. އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައެވެ.
Verse 71
وَمَن تَابَ وَعَمِلَ صَـٰلِحًا فَإِنَّهُۥ يَتُوبُ إِلَى ٱللَّهِ مَتَابًا
Transliteration waman tāba waʿamila ṣāliḥan fa-innahu yatūbu ilā l-lahi matāban
Dhivehi އަދި توبة ވެ صالح عمل ކޮށްފިމީހާ ފަހެ ހަމަކަށަވަރުން އެމީހާއީ حق توبة ވުމަކުން توبة ވެއްޖެމީހެކެވެ.
Verse 72
وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ وَإِذَا مَرُّوا۟ بِٱللَّغْوِ مَرُّوا۟ كِرَامًا
Transliteration wa-alladhīna lā yashhadūna l-zūra wa-idhā marrū bil-laghwi marrū kirāman
Dhivehi އަދި އެމީހުން يعني: رحمن ވަންތަ ﷲ ގެ އަޅުތަކުން زُوْرُ އަކަށް حاضر ނުވާނެއެވެ. އަދި އެމީހުންނާއި لَغْوُ އަކާއި ދިމާވެއްޖެއްޔާ ރަނގަޅު މާތްގޮތަކުން އެކަމުން ދުރުވެގަނެއެވެ. (އެކަމުގެތެރެއަށް ވަދެ އެކަމާ ބައިވެރިނުވެއެވެ.) • ދަންނައެވެ. މިއާޔަތުގައި މި بَيَان ވެގެންވާ زُورُ މި لفظ އާއިމެދު ދަންނަބޭކަލުން ބަސްތަފާތެވެ. އެއީ شِرْك ކަމުގައި ބުނެވުނެވެ. ނުވަތަ ލަވަ ނުވަތަ ދޮގުބަސް - ނުވަތަ ކުޅިވަރު - ނުވަތަ ދޮގުހެކިދިނުން - އަދި މިނޫންގޮތްގޮތަށްވެސް تفسير ކުރެވިފައިވެއެވެ. އެންމެ عدل ވެރިގޮތެއްކަމަށް أَبُوجَعْفَرُرالطَّبرى ވިދާޅުވަނީ باطل ކޮންމެ ކަމެކެވެ. والله أعلم. އަދި ހަމައެފަދައިން لَغْوُ މި لفظ ގެ މާނައިގައިވެސް ތަފާތު ބަސްވެއެވެ. އެއްވެސް أصل އެއް ވަސްލެއްނެތް باطل ކޮންމެ ކަމެކެވެ. އޭގެތެރޭގައި مشرك ން އެމީހުންގެ إله ންތަކަށް މާތްކޮށްހިތުން - ލަވައަޑުއެހުން - އަދި މިނޫންވެސް މިބާވަތުގެ ކަންކަމެވެ. والله أعلم.
Verse 73
وَٱلَّذِينَ إِذَا ذُكِّرُوا۟ بِـَٔايَـٰتِ رَبِّهِمْ لَمْ يَخِرُّوا۟ عَلَيْهَا صُمًّا وَعُمْيَانًا
Transliteration wa-alladhīna idhā dhukkirū biāyāti rabbihim lam yakhirrū ʿalayhā ṣumman waʿum'yānan
Dhivehi އަދި އެމީހުން يعني: رحمن ވަންތަ ﷲ ގެ އަޅުތަކުން އެމީހުންގެ ربّ ގެ އާޔަތްތައް އެމީހުންނަށް ހަނދާން ކުރެވިއްޖެއްޔާ އެއާޔަތަކާމެދު އެމީހުން ބީރުކަންފަތަކުން ނުއަހައެވެ. އަދި ކަނު ލޮލަކުން ނުބަލައެވެ. އެބަހީ: ކާފަރުންފަދައިން އަޑުނުއަހައި އަދި އެޔާމެދު ނުވިސްނާ ނުތިބެއެވެ. އަދި ކިއެއްހެއްޔެވެ؟ އެއާޔަތްތަކަށް އެމީހުން ވިސްނާ ފިކުރު ކުރެއެވެ. ކަނުލައި އަހައެވެ.
Verse 74
وَٱلَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا
Transliteration wa-alladhīna yaqūlūna rabbanā hab lanā min azwājinā wadhurriyyātinā qurrata aʿyunin wa-ij'ʿalnā lil'muttaqīna imāman
Dhivehi އަދި އެމީހުންނަކީ (އެމީހުންގެ ربّ އަށް) ދަންނަވާ دعاء ކުރާމީހުންނެވެ. އެމީހުން ދަންނަވައެވެ. އޭ އަޅަމެންގެ ربّ އެވެ. އަޅަމެންގެ އަނބީންގެ ކިބައިންނާއި އަޅަމެންގެ ދަރިންގެފަރާތުން އަޅަމެންގެ ލޮލަށް ފިނިކަން އަޅަމެންނަށް ދެއްވާނދޭވެ! އެބަހީ: އެމީހުންނަކީ ބަސްއަހާ ހެޔޮ تقوى ވެރި ބަޔަކުކަމުގައި ލައްވާނދޭވެ! އަދި تقوى ވެރިންނަށްވާ إمام ންކަމުގައި އަޅަމެން ލައްވާނދޭވެ!
Verse 75
أُو۟لَـٰٓئِكَ يُجْزَوْنَ ٱلْغُرْفَةَ بِمَا صَبَرُوا۟ وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَـٰمًا
Transliteration ulāika yuj'zawna l-ghur'fata bimā ṣabarū wayulaqqawna fīhā taḥiyyatan wasalāman
Dhivehi އެމީހުން يعني: އިސްވެދިޔަ ސިފަތައްހުރި رحمن ވަންތަ ﷲ ގެ އަޅުތަކުން (ދަންނައެވެ.) އެމީހުން (ދުނިޔޭގައި އުޅުނުއިރު) ކެތްތެރިވުމުގެސަބަބުން އެމީހުންނަށް ސުވަރުގޭގެ މަތިވެރި ثواب އާއި މާތް ދަރުމަތައް ލިބެވޭހުއްޓެވެ. އަދި އެސުވަރުގޭގައި އެމީހުން ތިބޭއިރު تَحِيَّة އާއި سَلام އެމީހުންނަށް ލިބެވޭހުއްޓެވެ. އެއީ ﷲ ގެ حضرة ންވާ تَحِيَّة އާއި ملائكة ބޭކަލުންގެ سلام އެވެ. ނުވަތަ މިދެއެއްޗަކީވެސް ﷲ ގެ حضرة ންވާ ސަލާމެވެ. والله أعلم.
Verse 76
خَـٰلِدِينَ فِيهَا ۚ حَسُنَتْ مُسْتَقَرًّا وَمُقَامًا
Transliteration khālidīna fīhā ḥasunat mus'taqarran wamuqāman
Dhivehi އެއީ އެމީހުން އެސުވަރުގޭގައި ދެމިތިބޭ حال ގައެވެ. އަދި قَرَارُ ވެ ހަމަޖެހިގެންތިބުމުގެ ގޮތުންނާއި އަރާމުކުރަން ތިބުމުގެގޮތުން އެތަން މާތްވެގެންވެއެވެ. ރަނގަޅުވެގެންވެއެވެ.
Verse 77
قُلْ مَا يَعْبَؤُا۟ بِكُمْ رَبِّى لَوْلَا دُعَآؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًۢا
Transliteration qul mā yaʿba-u bikum rabbī lawlā duʿāukum faqad kadhabtum fasawfa yakūnu lizāman
Dhivehi (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. (އޭ މީސްތަކުންނޭވެ.) ކަލޭމެންގެ ربّ އަށް ކަލޭމެން دعاء ނުކުރާނަމަ، އެކަލާނގެއަށް ކަލޭމެން އަޅުކަން ނުކުރާނަމަ ކަލޭމެންނާއިމެދު ތިމަންކަލޭގެފާނުންގެ ربّ އެއްވެސް ފަރުވާލެއް ނުބަހައްޓަވާނެއެވެ. ނުވަތަ ކަލޭމެންނާމެދު ދެން އެކަލާނގެ ބަހައްޓަވާނީ ކޮންފަރުވާލެއްހެއްޔެވެ؟ އަދި އޭކާފަރުންނޭވެ! ހަމަކަށަވަރުން ކަލޭމެން (އެކަލާނގެއަށް އަޅުކަން ނުކޮށް) ދޮގުހަދައިފީމުއެވެ. އަދި ނިކަންހުރެ ކަލޭމެނަށް عذاب ލާޒިމުވުމުގެ ސަބަބެއްކަމުގައި އެކަން ވެދާނެއެވެ. އެދޮގުހެދުން ވެދާނެއެވެ. والله أعلم.
Read Surah Al-Furqan in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.