MyDugsiStart learning

Surah Yusuf in Dhivehi: translation and audio

Surah 12 · يوسف · Joseph · 111 verses

Surah Yusuf verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Yusuf word by word in English.

Verse 1

الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ

Transliteration alif-lam-ra til'ka āyātu l-kitābi l-mubīni

Dhivehi الر މިއަކުރުތަކުގެ މާނައެއް - އަދި މުރާދެއް ދެނެވޮޑިގެންވަނީ ﷲ އެވެ. އެއީ بيان ކޮށް تفصيل ކޮށްދޭ ފޮތުގެ އާޔަތްތަކެވެ. (އެބަހީ: މިސޫރަތަކީ حرام حلال އަދި ތެދުމަގާއި هداية ސާފުކޮށް بيان ކޮށްދޭ ކީރިތި قرآن ގެ އާޔަތްތަކެވެ.)

Verse 2

إِنَّآ أَنزَلْنَـٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ

Transliteration innā anzalnāhu qur'ānan ʿarabiyyan laʿallakum taʿqilūna

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެފޮތް ބާވައިލެއްވީ عرب ބަހުންވާ قرآن އެއްގެ ގޮތުންނެވެ. عرب ބަހުންނެވެ. އެއީ ކަލޭމެން ވިސްނާ ފިކުރުކުރުމަށެވެ.

Verse 3

نَحْنُ نَقُصُّ عَلَيْكَ أَحْسَنَ ٱلْقَصَصِ بِمَآ أَوْحَيْنَآ إِلَيْكَ هَـٰذَا ٱلْقُرْءَانَ وَإِن كُنتَ مِن قَبْلِهِۦ لَمِنَ ٱلْغَـٰفِلِينَ

Transliteration naḥnu naquṣṣu ʿalayka aḥsana l-qaṣaṣi bimā awḥaynā ilayka hādhā l-qur'āna wa-in kunta min qablihi lamina l-ghāfilīna

Dhivehi (އޭ ރަސޫލުﷲ އެވެ.) މި قرآن ގައި ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލައްވާ وحي ގައިވާ އެންމެ ރީތި އެންމެ ރަނގަޅު ވާހަކަ ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحي ކުރައްވައި ކިޔައިދެއްވާ ހުށީމެވެ. އަދި އޭގެކުރީގައި - އެބަހީ: މި وحي ގެ ކުރީގައި ކަލޭގެފާނު އެވާހަކައާއިމެދު غافل ވަޑައިގެންވިޔަސްމެއެވެ. އެނގިވަޑައި ނުގަންނަވާ ކަމުގައިވީނަމަވެސްމެއެވެ.

Verse 4

إِذْ قَالَ يُوسُفُ لِأَبِيهِ يَـٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَـٰجِدِينَ

Transliteration idh qāla yūsufu li-abīhi yāabati innī ra-aytu aḥada ʿashara kawkaban wal-shamsa wal-qamara ra-aytuhum lī sājidīna

Dhivehi يوسف - (عليه السّلام) އެކަލޭގެފާނުންގެ ބައްޕާފުޅަށް ވިދާޅުވިހިނދު ހަނދުމަފުޅު ކުރަށްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ބައްޕާއެވެ! ހަމަކަށަވަރުން އެގާރަ ތަރިޔާއި އަދި އިރާއި ހަނދު ހުވަފެނުގައި އަހުރެންދުށީ އެތަކެތި އަހުރެންނަށް سجدة ކުރާތީއެވެ.

Verse 5

قَالَ يَـٰبُنَىَّ لَا تَقْصُصْ رُءْيَاكَ عَلَىٰٓ إِخْوَتِكَ فَيَكِيدُوا۟ لَكَ كَيْدًا ۖ إِنَّ ٱلشَّيْطَـٰنَ لِلْإِنسَـٰنِ عَدُوٌّ مُّبِينٌ

Transliteration qāla yābunayya lā taqṣuṣ ru'yāka ʿalā ikh'watika fayakīdū laka kaydan inna l-shayṭāna lil'insāni ʿaduwwun mubīnun

Dhivehi އެކަލޭގެފާނު އެބަހީ يوسف ގެ ބައްޕާފުޅު يعقوب (عليه السّلام) ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިފުޅާއެވެ! ކަލޭގެ ހުވަފެން ކަލޭގެ أخ ންނަށް ކިޔައިނުދޭށެވެ! އެހެން ހަދައިފިއްޔާ އެބަހީ: ކިޔައިދީފިއްޔާ އެމީހުން ކަލެޔާ عداوة ތެރިވެ ނުބައި ރޭވުން ކަލެޔާމެދު ރާވާނެއެވެ. ހަމަކަށަވަރުން شيطان އާއީ އިންސާނުންނަށްވާ عداوة ތެރިކަން ބަޔާންވެގެންވާ عداوة ތެރިއެކެވެ.

Verse 6

وَكَذَٰلِكَ يَجْتَبِيكَ رَبُّكَ وَيُعَلِّمُكَ مِن تَأْوِيلِ ٱلْأَحَادِيثِ وَيُتِمُّ نِعْمَتَهُۥ عَلَيْكَ وَعَلَىٰٓ ءَالِ يَعْقُوبَ كَمَآ أَتَمَّهَا عَلَىٰٓ أَبَوَيْكَ مِن قَبْلُ إِبْرَٰهِيمَ وَإِسْحَـٰقَ ۚ إِنَّ رَبَّكَ عَلِيمٌ حَكِيمٌ

Transliteration wakadhālika yajtabīka rabbuka wayuʿallimuka min tawīli l-aḥādīthi wayutimmu niʿ'matahu ʿalayka waʿalā āli yaʿqūba kamā atammahā ʿalā abawayka min qablu ib'rāhīma wa-is'ḥāqa inna rabbaka ʿalīmun ḥakīmun

Dhivehi އަދި އެފަދައިން އެބަހީ: ކަލޭގެފާނުންގެ ربّ ކަލޭގެފާނަށް ތަރިތަކާއި އިރުހަނދު سجدة ކުރާތީ ދެއްކެވިފަދައިން ހަމައެފަދައިން ކަލޭގެފާނުންގެ ربّ ކަލޭގެފާނަށް ހުވަފެން تعبير އުގަންނަވައި ދެއްވާހުއްޓެވެ. އަދި ކަލޭގެފާނަށާއި އަދި يعقوب (عليه السّلام) ގެ دين ގެ أهل ވެރިންގެމައްޗަށް އެކަލާނގެ نعمة ފުރިހަމަކޮށްދެއްވާހުއްޓެވެ. އެއީ މީގެކުރީގައި ކަލޭގެފާނުންގެ ދެކާބަފައިކަލުންގެމައްޗަށް يعني: إبراهيم عليه السّلام އާއި إسحاق عليه السّلام ގެ މައްޗަށްވެސް އެކަލާނގެ އެކަލާނގެ نعمة ފުރިހަމަކުރެއްވިފަދައިންނެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ. (މިއާޔަތުގައި މިވާ نعمة ގެ މުރާދަކީ نبي ކަން ކަމުގައި بيان ކުރެވިފައިވެއެވެ.)

Verse 7

۞ لَّقَدْ كَانَ فِى يُوسُفَ وَإِخْوَتِهِۦٓ ءَايَـٰتٌ لِّلسَّآئِلِينَ

Transliteration laqad kāna fī yūsufa wa-ikh'watihi āyātun lilssāilīna

Dhivehi ހަމަކަށަވަރުން يوسف (عليه السّلام) އާއި އެކަލޭގެފާނުންގެ أخ ންނާއިދެމެދު ހިނގާދިޔަ ކަންތަކުގައި ސުވާލުކޮށް އަހާބަޔަކަށް عبرة އާއި دليل ވާކަން ކަށަވަރެވެ.

Verse 8

إِذْ قَالُوا۟ لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰٓ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِى ضَلَـٰلٍ مُّبِينٍ

Transliteration idh qālū layūsufu wa-akhūhu aḥabbu ilā abīnā minnā wanaḥnu ʿuṣ'batun inna abānā lafī ḍalālin mubīnin

Dhivehi އެއީ އެމީހުން - އެބަހީ: يوسف ގެ أخ ން (އެމީހުން އެމީހުނަށް) ބުނިހިނދުގައެވެ. އެމީހުން ބުނީ، ހަމަކަށަވަރުން يوسف އާއި އަދި އޭނާގެ أخ އަހުރެމެންނަށްވުރެ އަހުރެމެންގެ ބައްޕައަށް މާލޯބިވެތިއެވެ. އަދި އަހުރެމެންނަކީ ބާރުހުރި جماعة އެކެވެ. ހަމަކަށަވަރުން އަހުރެމެންގެ ބައްޕަ އެވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައެވެ.

Verse 9

ٱقْتُلُوا۟ يُوسُفَ أَوِ ٱطْرَحُوهُ أَرْضًا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا۟ مِنۢ بَعْدِهِۦ قَوْمًا صَـٰلِحِينَ

Transliteration uq'tulū yūsufa awi iṭ'raḥūhu arḍan yakhlu lakum wajhu abīkum watakūnū min baʿdihi qawman ṣāliḥīna

Dhivehi ކަލޭމެން يوسف قتل ކުރާށެވެ! ނުވަތަ ކޮންމެވެސް ބިމަކަށް އޭނާ އެއްލައިލާށެވެ! އޭރުން ކަލޭމެންގެ ބައްޕަގެ މޫނު ކަލޭމެނަށް ހުސްވެދާނެއެވެ. އަދި އޭނާ ނެތުމަށްފަހު ދެން ކަލޭމެން ރަނގަޅު صالح ބަޔަކަށްވެދާނެއެވެ.

Verse 10

قَالَ قَآئِلٌ مِّنْهُمْ لَا تَقْتُلُوا۟ يُوسُفَ وَأَلْقُوهُ فِى غَيَـٰبَتِ ٱلْجُبِّ يَلْتَقِطْهُ بَعْضُ ٱلسَّيَّارَةِ إِن كُنتُمْ فَـٰعِلِينَ

Transliteration qāla qāilun min'hum lā taqtulū yūsufa wa-alqūhu fī ghayābati l-jubi yaltaqiṭ'hu baʿḍu l-sayārati in kuntum fāʿilīna

Dhivehi އޭގެތެރެއިން ބުނި މީހަކު ބުނެފިއެވެ. ކަލޭމެން يوسف قتل ނުކުރާށެވެ! އަދި އޭނާ ވަޅުގަނޑުގެ އަޑިޔަށް ވައްޓައިލާށެވެ! (އެއީ غيبة اْلجُبِّ) ކިޔާ އެނަމުން مشهور ވެފައިވާ ތަނެއްކަމުގައިވެއެވެ. އަދި އެއީ بيت المقدس ގައިވާ ވަޅެއްކަމަށްވެސް ބުނެވުނެވެ. والله أعلم) ދެން ދަތުރުކުރާ ގާފިލާއެއްގެ ބަޔަކު އޭނާ ހޮވައިގެން ގެންގޮސްފާނެއެވެ. ކަލޭމެން ކަމެއްކުރަންޏާ އެހެން ހަދާށެވެ! (ދެންފަހެ މިނުބައި ރޭވުމާ مؤتَمَر އަށްފަހު އެމީހުންގޮސް يعقوب عليه السّلام އަށް ދެންނެވިއެވެ. އެއީ އެރޭވި ރޭވުން تنفيذ ކުރަންވެގެންނެވެ.)

Verse 11

قَالُوا۟ يَـٰٓأَبَانَا مَا لَكَ لَا تَأْمَ۫نَّا عَلَىٰ يُوسُفَ وَإِنَّا لَهُۥ لَنَـٰصِحُونَ

Transliteration qālū yāabānā mā laka lā tamannā ʿalā yūsufa wa-innā lahu lanāṣiḥūna

Dhivehi އެމީހުން ދެންނެވިއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ. يوسف އާއިމެދު ކަލޭގެފާނު އަހުރެމެންނަށް އަމާންވެވަޑައި ނުގަންނަވަނީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން އޭނާއަށްޓަކައި އަހުރެމެންނަކީ نصيحة ތެރި إخلاص ތެރިބަޔަކީމެވެ.

Verse 12

أَرْسِلْهُ مَعَنَا غَدًا يَرْتَعْ وَيَلْعَبْ وَإِنَّا لَهُۥ لَحَـٰفِظُونَ

Transliteration arsil'hu maʿanā ghadan yartaʿ wayalʿab wa-innā lahu laḥāfiẓūna

Dhivehi މާދަމާ އަހުރެމެންނާއެކު (ބަކަރި ހުއިހައްޕަން ދާއިރު) އޭނާވެސް މަޖާކޮށްލާ ކުޅެލުމަށް ފޮނުވައިދެއްވާށެވެ! އަދި ހަމަކަށަވަރުން އަހުރެމެން އޭނާ ރައްކާކޮށް حماية ކުރާހުށީމެވެ.

Verse 13

قَالَ إِنِّى لَيَحْزُنُنِىٓ أَن تَذْهَبُوا۟ بِهِۦ وَأَخَافُ أَن يَأْكُلَهُ ٱلذِّئْبُ وَأَنتُمْ عَنْهُ غَـٰفِلُونَ

Transliteration qāla innī layaḥzununī an tadhhabū bihi wa-akhāfu an yakulahu l-dhi'bu wa-antum ʿanhu ghāfilūna

Dhivehi އެކަލޭގެފާނު يعني: يعقوب (عليه السّلام) ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ހިތާމަވެރިކަން އަންނަނީ ކަލޭމެން އޭނާޔާއިގެން ދިއުމުންނެވެ. އަދި ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަނީ ކަލޭމެން އޭނާގެ މަތީން غافل ވެގެންވަނިކޮށް މިނިކާވަގު އޭނާ ކައިފާނެތީއެވެ.

Verse 14

قَالُوا۟ لَئِنْ أَكَلَهُ ٱلذِّئْبُ وَنَحْنُ عُصْبَةٌ إِنَّآ إِذًا لَّخَـٰسِرُونَ

Transliteration qālū la-in akalahu l-dhi'bu wanaḥnu ʿuṣ'batun innā idhan lakhāsirūna

Dhivehi އެމީހުން ދެންނެވިއެވެ. އަހުރެމެން މިހާގަދަ جماعة އެއްތިއްބާ އޭނާ މިނިކާވަގު ކައިފިއްޔާ ހަމަކަށަވަރުން އޭރުން އަހުރެމެންވާނީ ގެއްލިހަލާކުވެގެންވާ ބަޔަކުކަމުގައެވެ. (ތިޔައީ އެއްގޮތަކަށްވެސް ވާނޭކަމެއްނޫނެވެ.)

Verse 15

فَلَمَّا ذَهَبُوا۟ بِهِۦ وَأَجْمَعُوٓا۟ أَن يَجْعَلُوهُ فِى غَيَـٰبَتِ ٱلْجُبِّ ۚ وَأَوْحَيْنَآ إِلَيْهِ لَتُنَبِّئَنَّهُم بِأَمْرِهِمْ هَـٰذَا وَهُمْ لَا يَشْعُرُونَ

Transliteration falammā dhahabū bihi wa-ajmaʿū an yajʿalūhu fī ghayābati l-jubi wa-awḥaynā ilayhi latunabbi-annahum bi-amrihim hādhā wahum lā yashʿurūna

Dhivehi ދެންފަހެ އެމީހުން އެބަހީ: يوسف ގެފާނުންގެ أخ ން ބައްޕަ ކައިރީ އޮޅުވައިލައިގެން އެކަލޭގެފާނާއިގެން - އެބަހީ: يوسف ގެފާނާއިގެން - ދިޔަހިނދުން އެމީހުން އެކަލޭގެފާނު ވަޅުގަނޑުގެ އަޑިޔަށްލުމަށް ޖަމާވެއްޖެއެވެ. (އަދި އެމީހުން އެކަލޭގެފާނު އެއަށްލައިފިއެވެ.) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (يوسف ގެފާނަށް) وحي ކުރެއްވީމެވެ. ހަމަކަށަވަރުން ކަލޭގެފާނު އެމީހުންނަށް ތިޔަކަމުގެ خبر ދެއްވާނެއެވެ. އެއީ އެމީހުންނަށް إحساس ވެސް ނުވެތިބޭ حال ގައެވެ. އެއީ އަދި މާފަހުންވާން އޮތްކަމެކެވެ.

Verse 16

وَجَآءُوٓ أَبَاهُمْ عِشَآءً يَبْكُونَ

Transliteration wajāū abāhum ʿishāan yabkūna

Dhivehi ދެންފަހެ އެމީހުން (އެކަލޭގެފާނު ވަޅަށްލައިފާ) ރޭގަނޑު އަނދިރިވީފަހުން (عشاء ވަގުތު) ރޮމުން އެމީހުންގެ ބައްޕަގެ އަރިހަށް ހިނގައްޖެއެވެ.

Verse 17

قَالُوا۟ يَـٰٓأَبَانَآ إِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوسُفَ عِندَ مَتَـٰعِنَا فَأَكَلَهُ ٱلذِّئْبُ ۖ وَمَآ أَنتَ بِمُؤْمِنٍ لَّنَا وَلَوْ كُنَّا صَـٰدِقِينَ

Transliteration qālū yāabānā innā dhahabnā nastabiqu wataraknā yūsufa ʿinda matāʿinā fa-akalahu l-dhi'bu wamā anta bimu'minin lanā walaw kunnā ṣādiqīna

Dhivehi އެމީހުން ދެންނެވިއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ. އަހުރެމެންގެ ސާމާނުތަކުގެ ކައިރީގައި يوسف ބައިންދާފައި އަހަރެމެން ދިޔައީ (ދުނިއުކުމާއި އަސްދުއްވުންފަދަ ކަންކަމުގައި) ވާދަކޮށްލާށެވެ. ފަހެ އެވަގުތު މިނިކާވަގު އައިސް يوسف ކައިފިއެވެ. އަދި އަހުރެމެންނަކީ ތެދުވެރިންކަމުގައިވިޔަސް ކަލޭގެފާނަކީ އަހުރެމެންގެ ބަސްތެދުކުރާނޭ ބޭކަލަކުކަމުގައި ނުވެއެވެ.

Verse 18

وَجَآءُو عَلَىٰ قَمِيصِهِۦ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَٱللَّهُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ

Transliteration wajāū ʿalā qamīṣihi bidamin kadhibin qāla bal sawwalat lakum anfusukum amran faṣabrun jamīlun wal-lahu l-mus'taʿānu ʿalā mā taṣifūna

Dhivehi އަދި އެމީހުން އައީ އެކަލޭގެފާނުންގެ ގަމީސްކޮޅުގައި ދޮގުލެއި ހާކައިގެންނެވެ. (ބަކައްޓެއް ކަތިލައި އޭގެ ލެއި ހާކައިގެންނެވެ.) އެކަލޭގެފާނު يعني: يعقوب عليه السّلام ވިދާޅުވިއެވެ. އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންގެ ހަވާ نفس ކަލޭމެންނަށް ކަމެއް ޒީނަތްތެރިކޮށްދިނީއެވެ. (އެކަންކުރީއެވެ.) ދެން އަހުރެންކުރާނީ ކިއެއްހެއްޔެވެ؟ އަހުރެންނަށް އޮތީ ރިވެތިގޮތުގައި ކެތްކުރުމެވެ. އަދި ކަލޭމެން ތިޔަ ސިފަކުރާކަންތައްތަކާއިމެދު ވާގިއެދެވޭނެ ފަރާތަކީ ހަމަ ﷲ އެވެ. ތިޔަކަމުގެ حقيقة އެކަލާނގެ ދެނެވޮޑިގެންވެއެވެ.

Verse 19

وَجَآءَتْ سَيَّارَةٌ فَأَرْسَلُوا۟ وَارِدَهُمْ فَأَدْلَىٰ دَلْوَهُۥ ۖ قَالَ يَـٰبُشْرَىٰ هَـٰذَا غُلَـٰمٌ ۚ وَأَسَرُّوهُ بِضَـٰعَةً ۚ وَٱللَّهُ عَلِيمٌۢ بِمَا يَعْمَلُونَ

Transliteration wajāat sayyāratun fa-arsalū wāridahum fa-adlā dalwahu qāla yābush'rā hādhā ghulāmun wa-asarrūhu biḍāʿatan wal-lahu ʿalīmun bimā yaʿmalūna

Dhivehi ދެންފަހެ ދަތުރުކުރާ قافلة އެއް (يوسف ގެފާނު އެހުންނެވި ވަޅުގެކައިރިޔަށް) އަތުވެއްޖެއެވެ. އަދި އެމީހުންގެ ފެންއުފުލާމީހާ ފެންގެނައުމަށް އެމީހުން ފޮނުވައިފިއެވެ. އަދި އޭނާ އޭނާގެ ބާލިދީ ވަޅަށް ތިރިކޮށްފިއެވެ. (އަދި يوسف އޭގައި އެލިގެންފިއެވެ. އަދި އެކަލޭގެފާނު ވަޅުން އަރާވަޑައިގެންފިއެވެ.) އަދި އެމީހާ ބުންޏެވެ. އޭ بُشْرَى އެވެ. (މިއީ އޭނާގެ އެކުވެރިޔާގެ ނަމެވެ.) ނުވަތަ އޭނާ ދުލުން ބޭރުވި އުފާވެރިކަމުގެ كلمة އެކެވެ. އޭނާ ބުންޏެވެ. މިހުރީ غلام އެކެވެ. ރީތި ފިރިހެންކުއްޖެކެވެ. އަދި އެމީހުން އެބަހީ: قافلة ގެމީހުން ވިޔަފާރީގެ މުދަލެއްގެގޮތުގައި އެކަލޭގެފާނު ފޮރުވާ ސިއްރުކޮށްފިއެވެ. އަދި އެމީހުން އެކުރާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.

Verse 20

وَشَرَوْهُ بِثَمَنٍۭ بَخْسٍ دَرَٰهِمَ مَعْدُودَةٍ وَكَانُوا۟ فِيهِ مِنَ ٱلزَّٰهِدِينَ

Transliteration washarawhu bithamanin bakhsin darāhima maʿdūdatin wakānū fīhi mina l-zāhidīna

Dhivehi އަދި އެމީހުން ކުޑައަގަކަށް މަދު دِرْهَمُ ކޮޅަކަށް އެކަލޭގެފާނު يعني: (يوسف) ބާޒާރުގައި ވިއްކައިލައިފިއެވެ. އަދި އެމީހުން ވީ އެކަލޭގެފާނާއިމެދު މާބޮޑު أهميّة ކަމެއް އަޅައިލުމެއްނެތް ބަޔަކުކަމުގައެވެ. زَاهِدُ ބަޔަކުކަމުގައެވެ.

Verse 21

وَقَالَ ٱلَّذِى ٱشْتَرَىٰهُ مِن مِّصْرَ لِٱمْرَأَتِهِۦٓ أَكْرِمِى مَثْوَىٰهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًا ۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى ٱلْأَرْضِ وَلِنُعَلِّمَهُۥ مِن تَأْوِيلِ ٱلْأَحَادِيثِ ۚ وَٱللَّهُ غَالِبٌ عَلَىٰٓ أَمْرِهِۦ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

Transliteration waqāla alladhī ish'tarāhu min miṣ'ra li-im'ra-atihi akrimī mathwāhu ʿasā an yanfaʿanā aw nattakhidhahu waladan wakadhālika makkannā liyūsufa fī l-arḍi walinuʿallimahu min tawīli l-aḥādīthi wal-lahu ghālibun ʿalā amrihi walākinna akthara l-nāsi lā yaʿlamūna

Dhivehi އަދި مصر ން އެކަލޭގެފާނު ބައްލަވައިގެންނެވި މީހާ އޭނާގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ. ކަމަނާ މީނާގެ ދަރަޖަޔާ مقام މާތްކުރާށެވެ! (ކާބޯތަކެއްޗާއި ހުންނަތަން ރަނގަޅުކޮށްހަދާށެވެ!) • (ދަންނައެވެ! އެމީހާއަކީ مصر ގެ خزانة ތަކުގެ ވެރިކަމުގައިހުންނެވި قِطْفِير އެވެ. އޭނާ مشهور ވަނީ عزيز مصر ގެ ނަމުންނެވެ. އެއީ مَالِيّة ގެ ވެރިޔާއެވެ. ފަހުން يوسف عليه السّلام ހުންނެވީ އެ مقام ގައެވެ. އޭނާގެ އަނބިކަނބަލެއް ކަމުގައިވަނީ ذليخا އެވެ ނަމަކަށް ކިޔާ މީހެކެވެ. މި عزيز އޭނާގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ. އޭނާ يعن: يوسف ގެފަރާތުން އަހުރެމެންނަށް مَنْفَعَ ކުރުން أمّيد ކުރެވެއެވެ. ނުވަތަ އަހުރެމެންގެ ދަރިޔަކުކަމުގައި އަހުރެމެން އޭނާ ބަލާނީއެވެ. މިއެވެ.)\n• ﷲ تعالى وحي ކުރެއްވިއެވެ. އަދި އެކަލޭގެފާނަށް ބިމުގައި ތިމަންރަސްކަލާނގެ ހަމަޖައްސައިދެއްވީ އެފަދައިންނެވެ. އެއީ އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ހުވަފެން تفسير އުގަންނަވައިދެއްވުމަށްޓަކައެވެ. އަދި ﷲ تعالى އީ އެކަލާނގެ ކުރައްވާ ކަންތަކުގައި ގަދަފަދަވަންތަ ކަލާނގެއެވެ. (އެއަކަށް އެހެންމީހަކަށް ބާރެއް ނުހިންގޭނެއެވެ.) އަދި އެހެނެއްކަމަކު ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.

Verse 22

وَلَمَّا بَلَغَ أَشُدَّهُۥٓ ءَاتَيْنَـٰهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

Transliteration walammā balagha ashuddahu ātaynāhu ḥuk'man waʿil'man wakadhālika najzī l-muḥ'sinīna

Dhivehi އަދި އެކަލޭގެފާނުންގެ ބުއްދިފުޅާއި ޒުވާންކަމުގެ ބާރުފުޅު ގަދަވިހިނދުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ރަނގަޅު ވިސްނުންފުޅާއި علم ދެއްވީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

Verse 23

وَرَٰوَدَتْهُ ٱلَّتِى هُوَ فِى بَيْتِهَا عَن نَّفْسِهِۦ وَغَلَّقَتِ ٱلْأَبْوَٰبَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ ٱللَّهِ ۖ إِنَّهُۥ رَبِّىٓ أَحْسَنَ مَثْوَاىَ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ

Transliteration warāwadathu allatī huwa fī baytihā ʿan nafsihi waghallaqati l-abwāba waqālat hayta laka qāla maʿādha l-lahi innahu rabbī aḥsana mathwāya innahu lā yuf'liḥu l-ẓālimūna

Dhivehi އަދި އެކަލޭގެފާނު އެހުންނެވި ގޭގެ އަންހެންމީހާ އެކަލޭގެފާނާ ހިތައިވެއްޖެއެވެ. އަދި އޯގާވެރިކަމާއިއެކު އެކަލޭގެފާނުންގެ نفس ފުޅަށް (ހިތައިވުމުގެ نَظَرُ ން) އެދިވަޑައިގެންނެވިއެވެ. އަދި އެކަމަނާ ގޭގެ ދޮރުތައް ލައްޕާފައި (އެކަލޭގެފާނަށް ދެންނެވިއެވެ.) ކަލޭގެފާނަށްޓަކައި ތައްޔާރެވެ. އަންނާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. مَعَاذَ ﷲِ އެވެ. (އެބަހީ: ތިޔަކަމުން ރައްކާތެރިވުމަށް ﷲ ގެ حضرة ން ވާގިއެދި ސަލާމަތަށް އެދެމެވެ.) ހަމަކަށަވަރުން އެކަލޭގެފާނަކީ - އެބަހީ: ކަމަނާގެ ފިރިކަލުންނަކީ އަހުރެންނަށް ނުހަނު މާތްކޮށް ހިތްތަވާ އަހުރެންގެ ސާހިބާއެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް ކާމިޔާބު ނުވާނެއެވެ.

Verse 24

وَلَقَدْ هَمَّتْ بِهِۦ ۖ وَهَمَّ بِهَا لَوْلَآ أَن رَّءَا بُرْهَـٰنَ رَبِّهِۦ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ ٱلسُّوٓءَ وَٱلْفَحْشَآءَ ۚ إِنَّهُۥ مِنْ عِبَادِنَا ٱلْمُخْلَصِينَ

Transliteration walaqad hammat bihi wahamma bihā lawlā an raā bur'hāna rabbihi kadhālika linaṣrifa ʿanhu l-sūa wal-faḥshāa innahu min ʿibādinā l-mukh'laṣīna

Dhivehi އަދި ހަމަކަށަވަރުން އެކަމަނާ އެކަލޭގެފާނާއިމެދު (ނުބައިކަންތައްކުރުމަށް) قصد ކުރެއްވިއެވެ. އަދި އެކަލޭގެފާނުވެސް އެކަމަނާއާއިމެދު قصد ކުރެއްވިއެވެ. އެކަލޭގެފާނުންގެ رَبُّ ގެ އާޔަތްތައް - يعني - އެކަލޭގެފާނުން އެކަމުން މަނާވެގަންނަކަހަލަ - دليل އާއި بُرْهَان އެކަލޭގެފާނަށް ފެނިވަޑައި ނުގެންނެވިނަމަ އެކަލޭގެފާނުންވެސް އެކަމަނާގެ ފަރާތަށް ލެނބިވަޑައިގަނެވިއްޖައީހެވެ. (އެބަހީ: އެވަގުތު އެބާވަތުގެ دليل އެކަލޭގެފާނަށް ދެއްކެވުނެވެ.) އެއީ އެކަލޭގެފާނުންގެ ކިބައިން އެންމެހައި ނުބައިކަންތަކާއި ޒިނޭފަދަ فاحش عمل ތިމަންރަސްކަލާނގެ ދުރުކުރެއްވުމަށެވެ. ހަމަކަށަވަރުން އެކަލޭގެފާނީ ތިމަންރަސްކަލާނގެ إخلاص ތެރި އަޅުންގެތެރެއިންވާ ބޭކަލެކެވެ.

Verse 25

وَٱسْتَبَقَا ٱلْبَابَ وَقَدَّتْ قَمِيصَهُۥ مِن دُبُرٍ وَأَلْفَيَا سَيِّدَهَا لَدَا ٱلْبَابِ ۚ قَالَتْ مَا جَزَآءُ مَنْ أَرَادَ بِأَهْلِكَ سُوٓءًا إِلَّآ أَن يُسْجَنَ أَوْ عَذَابٌ أَلِيمٌ

Transliteration wa-is'tabaqā l-bāba waqaddat qamīṣahu min duburin wa-alfayā sayyidahā ladā l-bābi qālat mā jazāu man arāda bi-ahlika sūan illā an yus'jana aw ʿadhābun alīmun

Dhivehi އަދި އޭގެދެމީހުން ގޭގެދޮރާދިމާއަށް އަވަސްވެގަތެވެ. އަދި އެކަލޭގެފާނުންގެ يعني: يوسف ގެފާނުންގެ ގަމީސްކޮޅު ފުރަގަހުން ވީދިއްޖެއެވެ. (އެއީ يوسف ގެފާނު އެކަމުން ސަލާމަތްވެވަޑައިގަތުމަށް ދުވެވަޑައިގަތުމުން زليخا އެކަލޭގެފާނު އަތުލުމަށް އަވަސްވެގަތްވަގުތު އެކަމަނާއަށް ހިފުނީ ފަހަތުން ނުވަތަ ފުރަގަހުން އެކަލޭގެފާނުންގެ ގަމީސްކޮޅުގައެވެ. އެހެންވެ ގަމީހަށް ވާންވެގެން ވީދައިގެންދިޔައީއެވެ.) އަދި ހަމަ ދިމާވިގޮތުން ދޮރުކައިރިން އެކަމަނާގެ ސާހިބުމީހާ އެބަހީ: އެކަމަނާގެ ފިރިކަލުން އެދެމީހުންނަށް ދިމާވެއްޖެއެވެ. އެހިނދު އެކަމަނާ (ކުށުން ބަރީއަވުމުގެ ގަސްދުގައި) ދަންނަވައިފިއެވެ. ކަލޭގެފާނުންގެ އަންހެނުންނާމެދު ނުބައިކަންތައް ކުރާން ގަސްދުކުރިމީހާގެ جزاء އަކީ يعني: عقوبة އަކީ ޖަލަށްލުންކަމުގައިމެނުވީ ނުވެއެވެ. ނުވަތަ ވޭންދެނިވި عذاب އެއްދިނުމެވެ.

Verse 26

قَالَ هِىَ رَٰوَدَتْنِى عَن نَّفْسِى ۚ وَشَهِدَ شَاهِدٌ مِّنْ أَهْلِهَآ إِن كَانَ قَمِيصُهُۥ قُدَّ مِن قُبُلٍ فَصَدَقَتْ وَهُوَ مِنَ ٱلْكَـٰذِبِينَ

Transliteration qāla hiya rāwadatnī ʿan nafsī washahida shāhidun min ahlihā in kāna qamīṣuhu qudda min qubulin faṣadaqat wahuwa mina l-kādhibīna

Dhivehi އެކަލޭގެފާނު يعني: يوسف ގެފާނު ވިދާޅުވިއެވެ. ތިމަންގެ ގަޔަށް ވިޔާނުދާގޮތަށް އަރަންއުޅުއްވީ އެކަމަނާއެވެ. އެވަގުތު އަދި އެކަމަނާގެ أهل ވެރިންކުރެ މީހަކު އެކަމާމެދު ހެކިދީފިއެވެ. (ބުނެވެނީ މިހެކިވެރިޔަކީ ތަންމަތީގައިވާ ވަރަށް ޅަކުއްޖެއްކަމަށެވެ.) އެކުއްޖާ ބުންޏެވެ. އެކަލޭގެފާނުންގެ قميص ކުރިމަތިފަރާތުން ވީދިފައިވާނަމަ އެކަމަނާ އެބުނީ ތެދެކެވެ. އަދި އެކަލޭގެފާނު އެވަނީ ދޮގުވެރިންގެތެރެއިންނެވެ.

Verse 27

وَإِن كَانَ قَمِيصُهُۥ قُدَّ مِن دُبُرٍ فَكَذَبَتْ وَهُوَ مِنَ ٱلصَّـٰدِقِينَ

Transliteration wa-in kāna qamīṣuhu qudda min duburin fakadhabat wahuwa mina l-ṣādiqīna

Dhivehi އަދި އެކަލޭގެފާނުންގެ قميص ފުރަގަހުން ވީދިފައިވާނަމަ އެކަމަނާ ދޮގުހެދީއެވެ. އަދި އެކަލޭގެފާނުވަނީ ތެދުވެރިންގެ ތެދުވެރިންގެތެރެއިންނެވެ. (މިކުއްޖާގެ މިހެކިދެއްވުމަކީ ﷲ ދެއްކެވި مُعْجِزَة އެކެވެ. މިހެނީ އެކުއްޖަކީ ހަމަ ވިހެއި ތަންމަތީގައިވާ ވަރަށްކުޑަކުއްޖެކެވެ.)

Verse 28

فَلَمَّا رَءَا قَمِيصَهُۥ قُدَّ مِن دُبُرٍ قَالَ إِنَّهُۥ مِن كَيْدِكُنَّ ۖ إِنَّ كَيْدَكُنَّ عَظِيمٌ

Transliteration falammā raā qamīṣahu qudda min duburin qāla innahu min kaydikunna inna kaydakunna ʿaẓīmun

Dhivehi ދެންފަހެ އެކަލޭގެފާނުންގެ قميص ކޮޅު ފުރަގަހުން ވީދިފައިވާތަން ފެނުނުހިނދުން އޭނާ އެބަހީ: އެއަންހެންމީހާގެ ފިރިމީހާ ބުންޏެވެ. ހަމަކަށަވަރުން މިކަމަކީ ތިޔަކަނބަލުންގެ މަކަރާއި ރޭވުމެވެ. ހަމަކަށަވަރުން ތިޔަކަނބަލުންގެ މަކަރާއި ރޭވުން ބޮޑުވެގެންވެއެވެ.

Verse 29

يُوسُفُ أَعْرِضْ عَنْ هَـٰذَا ۚ وَٱسْتَغْفِرِى لِذَنۢبِكِ ۖ إِنَّكِ كُنتِ مِنَ ٱلْخَاطِـِٔينَ

Transliteration yūsufu aʿriḍ ʿan hādhā wa-is'taghfirī lidhanbiki innaki kunti mina l-khāṭiīna

Dhivehi އޭ يوسف އެވެ! ކަލޭ މިކަން ހަނދާންނައްތައިލާށެވެ! މިވާހަކަ ނުދައްކާށެވެ! އަދި (އޭ زليخا އެވެ!) ކަނބުލޭގެ ކަނބުލޭގެ ކުށުގެ ފާފަފުއްސެވުމަށް އެދިދަންނަވާށެވެ! ހަމަކަށަވަރުން ކަމަނާވަނީ ކުށްވެރިންގެ ތެރެއިންނެވެ.

Verse 30

۞ وَقَالَ نِسْوَةٌ فِى ٱلْمَدِينَةِ ٱمْرَأَتُ ٱلْعَزِيزِ تُرَٰوِدُ فَتَىٰهَا عَن نَّفْسِهِۦ ۖ قَدْ شَغَفَهَا حُبًّا ۖ إِنَّا لَنَرَىٰهَا فِى ضَلَـٰلٍ مُّبِينٍ

Transliteration waqāla nis'watun fī l-madīnati im'ra-atu l-ʿazīzi turāwidu fatāhā ʿan nafsihi qad shaghafahā ḥubban innā lanarāhā fī ḍalālin mubīnin

Dhivehi އަދި އެރަށުގެ އަންހެނުންތަކެއް ބުންޏެވެ. عزيز ގެ އަނބިކަނބަލުން އޭނާ ގެންގުޅޭ އަޅުކުއްޖަކުގެ نفس އެކަނބުލޭގެ شَهْوَة އަށް ގެނައުމަށް ލަންބަނީއެވެ. އެކުއްޖާގެ ލޯބި އެކަމަނާގެ ހިތުގެ އެންމެއަޑީގައިވާ ދުލިފަށުގައިވެއެވެ. (އެކުއްޖާދެކެ ހިތައިވެއްޖެއެވެ.) ހަމަކަށަވަރުން އަހުރެމެން ދެކެނީ އެކަމަނާ ބަޔާންވެގެންވާ މަގުފުރެދުމެއްގައިވާކަމަށެވެ.

Verse 31

فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَـًٔا وَءَاتَتْ كُلَّ وَٰحِدَةٍ مِّنْهُنَّ سِكِّينًا وَقَالَتِ ٱخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُۥٓ أَكْبَرْنَهُۥ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَـٰشَ لِلَّهِ مَا هَـٰذَا بَشَرًا إِنْ هَـٰذَآ إِلَّا مَلَكٌ كَرِيمٌ

Transliteration falammā samiʿat bimakrihinna arsalat ilayhinna wa-aʿtadat lahunna muttaka-an waātat kulla wāḥidatin min'hunna sikkīnan waqālati ukh'ruj ʿalayhinna falammā ra-aynahu akbarnahu waqaṭṭaʿna aydiyahunna waqul'na ḥāsha lillahi mā hādhā basharan in hādhā illā malakun karīmun

Dhivehi ދެންފަހެ އެކަނބަލުންގެ މަލާމާތުގެ އަޑު عزيز ގެ އަނބިކަނބަލުން އެއްސެވިހިނދުން އެކަމަނާ އެކަނބަލުންނަށް دعوة އެއް ދެއްވައިފިއެވެ. (ޕާޓީއެއް ހަދައިފިއެވެ. އެއީ ކެއުމުގެ ޕާޓީއެކެވެ.) އަދި އެކަނބަލުން ރަނގަޅަށް ލެނގިލައިގެން ތިބެވޭފަދަ ތަނެއް ތައްޔާރުކުރެއްވިއެވެ. ވަޅިން ކަނޑައިގެން ކެވޭކަހަލަ އެއްޗެއް ވަޅިން ކަނޑައިގެން ކެއުމަށް ތައްޔާރުކުރެއްވިއެވެ. އަދި އެއިން ކޮންމެ ބޭކަނބަލަކަށް ތުނިފިޔޮއްސެއް ނުވަތަ ވަޅިއެއް ދެއްވައިފިއެވެ. (އަދި އެކަނބަލުން އޭތި ވަޅިން ކަނޑައިގެން ކާންފެށުމުން - އެކަމަނާ يوسف ގެފާނަށް ދެންނެވިއެވެ.) ކަލޭގެފާނު އެކަނބަލުންގެތެރެއަށް ނުކުމެވަޑައިގަންނަވާށެވެ! (ދެން އެކަލޭގެފާނު އެކަނބަލުންގެތެރެއަށް ނުކުމެވަޑައިގެންފިއެވެ.) އަދި އެކަނބަލުންނަށް އެކަލޭގެފާނު ފެނުނުހިނދުން އެކަލޭގެފާނުންގެ ހުރި ފުރިހަމަކަމާ ރީތިކަމާއި މާތްކަން އެކަނބަލުންނަށް ބޮޑުވެއްޖެއެވެ. (އަތުގައި އޮތްވަޅިން ކޮށެމުން ފޮތިވަމުން ދަނީ ކިހާވަރަކަށް ކަމެއް ނޭނގެއެވެ.) އެކަނބަލުންގެ އަތްތައްވެސް ކޮށީއެވެ. އަދި އެކަނބަލުން (عجائب ވެ އަންތަރީސްވެގެން) ބުނީ حاش لله އެވެ. (އެބަހީ: ﷲ ގެހުސް طَاهِرُ ވަންތަކަމާއިއެވެ! މިފަދައިންނެވެ. މިއީ آدم ގެ ދަރިއެއްނޫނެވެ. މާތްވެގެންވާ މަލާއިކަތްބޭކަލަކު ކަމުގައި މެނުވީ މިކަލޭގެފާނު ނުވެއެވެ.

Verse 32

قَالَتْ فَذَٰلِكُنَّ ٱلَّذِى لُمْتُنَّنِى فِيهِ ۖ وَلَقَدْ رَٰوَدتُّهُۥ عَن نَّفْسِهِۦ فَٱسْتَعْصَمَ ۖ وَلَئِن لَّمْ يَفْعَلْ مَآ ءَامُرُهُۥ لَيُسْجَنَنَّ وَلَيَكُونًا مِّنَ ٱلصَّـٰغِرِينَ

Transliteration qālat fadhālikunna alladhī lum'tunnanī fīhi walaqad rāwadttuhu ʿan nafsihi fa-is'taʿṣama wala-in lam yafʿal mā āmuruhu layus'jananna walayakūnan mina l-ṣāghirīna

Dhivehi އެކަމަނާ يعني: عزيز ގެ އަނބިކަނބަލުން ބުންޏެވެ. އެމީހަކާއިމެދު ކަލޭމެން އަހުރެންނަށް މަލާމާތްކުރާ މީހަކީ އެއީއެވެ. (ކަލޭމެނަށްވީވަރު ތިޔަހުރީއެވެ.) އަދި ހަމަކަށަވަރުން އެކަލޭގެފާނުގެ ގައިކޮޅަށް ވިޔާނުދާގޮތަށް އަރަންއުޅުނީ އަހުރެންނެވެ. ފަހެ އެކަމުން އޭނާ މަނާވެ ރައްކާތެރިވެގެންނެވީއެވެ. އަދި އޭނާ އަހުރެން އޭނާއަށް އަމުރުކުރާކަމެއް ނުކުރިއްޔާ ހަމަކަށަވަރުން އޭނާ ޖަލަށް ލެވޭނެއެވެ. ނުވަތަ ހަމަކަށަވަރުން އޭނާވާހުށީ ނިކަމެތި ދެރަމީހުންގެތެރެއިންނެވެ.

Verse 33

قَالَ رَبِّ ٱلسِّجْنُ أَحَبُّ إِلَىَّ مِمَّا يَدْعُونَنِىٓ إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّى كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ ٱلْجَـٰهِلِينَ

Transliteration qāla rabbi l-sij'nu aḥabbu ilayya mimmā yadʿūnanī ilayhi wa-illā taṣrif ʿannī kaydahunna aṣbu ilayhinna wa-akun mina l-jāhilīna

Dhivehi އެކަލޭގެފާނު ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! އެމީހުން އެކަމަކަށް މިއަޅާގެ ކިބައިން އެއެދިގޮވާ ކަންތަކަށްވުރެ ޖަލު މިއަޅާއަށް މާލޯބިވެތިކަންބޮޑެވެ. އަދި އިބަރަސްކަލާނގެ އެކަނބަލުންގެ މަކަރާއި ރޭވުން މިއަޅާގެ ކިބައިން ދުރުނުކުރެއްވިއްޔާ މިއަޅާ އެކަނބަލުންގެ ފަރާތަށް ލެބޭނެއެވެ. އަދި މިއަޅާވާހުށީ ޖާހިލުންގެތެރެއިންނެވެ."

Verse 34

فَٱسْتَجَابَ لَهُۥ رَبُّهُۥ فَصَرَفَ عَنْهُ كَيْدَهُنَّ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ

Transliteration fa-is'tajāba lahu rabbuhu faṣarafa ʿanhu kaydahunna innahu huwa l-samīʿu l-ʿalīmu

Dhivehi ފަހެ އެކަލޭގެފާނަށް يعني: يوسف (عليه السّلام) އަށް އެކަލޭގެފާނުންގެ ربّ އިޖާބަކުރައްވައިފިއެވެ. އަދި އެކަލޭގެފާނުންގެ ފަރާތުން އެކަނބަލުންގެ މަކަރާއި ރޭވުން އެކަލާނގެ ދުރުކޮށްދެއްވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 35

ثُمَّ بَدَا لَهُم مِّنۢ بَعْدِ مَا رَأَوُا۟ ٱلْـَٔايَـٰتِ لَيَسْجُنُنَّهُۥ حَتَّىٰ حِينٍ

Transliteration thumma badā lahum min baʿdi mā ra-awū l-āyāti layasjununnahu ḥattā ḥīnin

Dhivehi ދެން އެމީހުންނަށް އެބަހީ عزيز އަށް އެފެނުނު دليل ތައް ފެނުމަށްފަހު ދެން ފެނުނީ މުއްދަތަކަށް އެކަލޭގެފާނު ޖަލަށްލުމަށެވެ.

Verse 36

وَدَخَلَ مَعَهُ ٱلسِّجْنَ فَتَيَانِ ۖ قَالَ أَحَدُهُمَآ إِنِّىٓ أَرَىٰنِىٓ أَعْصِرُ خَمْرًا ۖ وَقَالَ ٱلْـَٔاخَرُ إِنِّىٓ أَرَىٰنِىٓ أَحْمِلُ فَوْقَ رَأْسِى خُبْزًا تَأْكُلُ ٱلطَّيْرُ مِنْهُ ۖ نَبِّئْنَا بِتَأْوِيلِهِۦٓ ۖ إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ

Transliteration wadakhala maʿahu l-sij'na fatayāni qāla aḥaduhumā innī arānī aʿṣiru khamran waqāla l-ākharu innī arānī aḥmilu fawqa rasī khub'zan takulu l-ṭayru min'hu nabbi'nā bitawīlihi innā narāka mina l-muḥ'sinīna

Dhivehi (ދެން يوسف عليه السّلام ޖަލަށްލެވުނީއެވެ.) އަދި އެކަލޭގެފާނާއެކު އެހެން ދެޒުވާނުންވެސް ޖަލަށްވަނެވެ. (އެއީ އެދެމީހުންކޮށްފައިވާ ކޮންމެވެސް ކުށެއްގެ ސަބަބުންނެވެ.) އެތަނުން އެކަކަށް ޖަލުގައިތިބިދުވަސްވަރު ހުވަފެނެއް ފެނުނެވެ. އެމީހާ ދެންނެވިއެވެ. އޭ يوسف އެވެ. ތިމަންނައަށް ހުވަފެނުން ފެނުނީ މޭބިސްކަދުރު ފެލާތީއެވެ. އަދި އަނެއްމީހާވެސް ހުވަފެނެއް ފެނިގެން ދެންނެވިއެވެ. ތިމަންނައަށް ހުވަފެނުން ފެންނަނީ ތިމަންގެ ބޯމަތީގައި ބަހައްޓައިގެން ރޮށިއުފުލާތީއެވެ. އަދި އެއިން ކާޅުތައް ކައެވެ. (އޭ يوسف އެވެ.) ތިމަންމެންނަށް ތިމަންމެންގެ މިހުވަފެނުގެ تعبير ކޮށްދެއްވާ ބައްލަވާށެވެ! ހަމަކަށަވަރުން ތިމަންމެން ދެކޭގޮތުގައި ކަލޭގެފާނުވަނީ إحسان ތެރިންގެތެރެއިންނެވެ.

Verse 37

قَالَ لَا يَأْتِيكُمَا طَعَامٌ تُرْزَقَانِهِۦٓ إِلَّا نَبَّأْتُكُمَا بِتَأْوِيلِهِۦ قَبْلَ أَن يَأْتِيَكُمَا ۚ ذَٰلِكُمَا مِمَّا عَلَّمَنِى رَبِّىٓ ۚ إِنِّى تَرَكْتُ مِلَّةَ قَوْمٍ لَّا يُؤْمِنُونَ بِٱللَّهِ وَهُم بِٱلْـَٔاخِرَةِ هُمْ كَـٰفِرُونَ

Transliteration qāla lā yatīkumā ṭaʿāmun tur'zaqānihi illā nabbatukumā bitawīlihi qabla an yatiyakumā dhālikumā mimmā ʿallamanī rabbī innī taraktu millata qawmin lā yu'minūna bil-lahi wahum bil-ākhirati hum kāfirūna

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ދެމީހުންނަށް ކާނާގެނައުމުގެ ކުރިން ތިމަންކަލޭގެފާނުން ތިޔަ ދެހުވަފެނުގެ تفسير ކަލޭމެންނަށް ކިޔައިދޭހުށީމެވެ. މިތިބަ ދެމީހުންނޭވެ. އެކަމަކީ އެބަހީ: ހުވަފެހުގެ تفسير ކުރާ علم އަކީ ތިމަންކަލޭގެފާނުންގެ ربّ ތިމަންކަލޭގެފާނަށް އުގަންނަވައިދެއްވިތަކެތީގެތެރެއިންވާ علم އެކެވެ. ހަމަކަށަވަރުން ﷲ އަށާއި آخرة ދުވަހަށް އީމާންނުވާ ބަޔަކުގެ دين ތިމަންކަލޭގެފާނު ދޫކޮށްލީއެވެ. އަދި ކަނޑައެޅިގެން އެމީހުންވަނީ آخرة ދުވަހަށް ކާފަރުވެގެންނެވެ.

Verse 38

وَٱتَّبَعْتُ مِلَّةَ ءَابَآءِىٓ إِبْرَٰهِيمَ وَإِسْحَـٰقَ وَيَعْقُوبَ ۚ مَا كَانَ لَنَآ أَن نُّشْرِكَ بِٱللَّهِ مِن شَىْءٍ ۚ ذَٰلِكَ مِن فَضْلِ ٱللَّهِ عَلَيْنَا وَعَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ

Transliteration wa-ittabaʿtu millata ābāī ib'rāhīma wa-is'ḥāqa wayaʿqūba mā kāna lanā an nush'rika bil-lahi min shayin dhālika min faḍli l-lahi ʿalaynā waʿalā l-nāsi walākinna akthara l-nāsi lā yashkurūna

Dhivehi އަދި ތިމަންކަލޭގެފާނު تبع ވީ ތިމަންކަލޭގެފާނުންގެ ކާބަފައިންކަލުންކަމުގައިވާ إبراهيم އާއި إسحاقُ އާއި އަދި يعقوب (عليهم السّلام) މި ބޭބޭކަލުންގެ مِلَّة އާއިއެވެ. އެބޭކަލުންގެ دين އާއެވެ. އަދި އެއްވެސް ގޮތަކުން އެއްވެސް އެއްޗަކާއި ﷲ އާއި شريك ކުރުމީ ތިމަންބޭކަލުންގެ މައްޗަށް ހުއްދަކަމެއްނޫނެވެ. އެއީ ތިމަންބޭކަލުންގެ މައްޗަށާއި އަދި މީސްތަކުންގެމައްޗަށްވާ ﷲ ގެ فضل ވަންތަކަމެވެ. އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުން (ﷲ އަށް) شكر ނުކުރެއެވެ.

Verse 39

يَـٰصَـٰحِبَىِ ٱلسِّجْنِ ءَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ

Transliteration yāṣāḥibayi l-sij'ni a-arbābun mutafarriqūna khayrun ami l-lahu l-wāḥidu l-qahāru

Dhivehi އޭ އަހުރެންގެ ޖަލުގެ ދެއެކުވެރިންނޭވެ! ހެޔޮވެގެންވަނީ ވަކިވަކިވެ ބައިބައިވެގެންވާ رَبُّ ންތަކެއް ހެއްޔެވެ؟ ނުވަތަ އެއްކައުވަންތަ އަދި ހުރިހާއެއްޗެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ގަދަފަދަވަންތަ ﷲ ހެއްޔެވެ؟ (ދަންނައެވެ! މިއީ يوسف عليه السّلامގެ ފުރަތަމަ ދީނަށްގޮވާލެއްވުން ކަމުގައި ފެނެއެވެ.)

Verse 40

مَا تَعْبُدُونَ مِن دُونِهِۦٓ إِلَّآ أَسْمَآءً سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۚ أَمَرَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

Transliteration mā taʿbudūna min dūnihi illā asmāan sammaytumūhā antum waābāukum mā anzala l-lahu bihā min sul'ṭānin ini l-ḥuk'mu illā lillahi amara allā taʿbudū illā iyyāhu dhālika l-dīnu l-qayimu walākinna akthara l-nāsi lā yaʿlamūna

Dhivehi އެކަލާނގެ ފިޔަވައި ހަމަ ހުސްނަންތަކަކަށްމެނުވީ ކަލޭމެން އަޅުކަންކުރާކަމުގައި ނުވެއެވެ. އެނަންތަކަކީ ކަލޭމެންނާއި ކަލޭމެންގެ ކާބަފައިން ކިޔާފައިވާ ހުސް ނަންތަކެވެ. އެތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ އެއްވެސް دليل އެއް حجّة އެއް ﷲ ބާވައިނުލައްވައެވެ. އަދި (އަޅުތަކުންގެމެދުގައި) حكم ކުރެއްވުން ﷲ އަށްމެނުވީ ނުވެއެވެ. އެކަލާނގެ أمر ކުރައްވާފައިވަނީ އެކަލާނގެ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށެވެ. ސީދާވެގެންވާ ތެދުގޮތަކީ އެއީއެވެ. އަދި އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.

Verse 41

يَـٰصَـٰحِبَىِ ٱلسِّجْنِ أَمَّآ أَحَدُكُمَا فَيَسْقِى رَبَّهُۥ خَمْرًا ۖ وَأَمَّا ٱلْـَٔاخَرُ فَيُصْلَبُ فَتَأْكُلُ ٱلطَّيْرُ مِن رَّأْسِهِۦ ۚ قُضِىَ ٱلْأَمْرُ ٱلَّذِى فِيهِ تَسْتَفْتِيَانِ

Transliteration yāṣāḥibayi l-sij'ni ammā aḥadukumā fayasqī rabbahu khamran wa-ammā l-ākharu fayuṣ'labu fatakulu l-ṭayru min rasihi quḍiya l-amru alladhī fīhi tastaftiyāni

Dhivehi އޭ ޖަލުގެ އަހުރެންގެ ދެއެކުވެރިންނޭވެ! ކަލޭމެން ދެމީހުންކުރެން ފުރަތަމަމީހާގެ ހުވަފެނުގެ تفسير އަކީ ފަހެ އެމީހާ އެމީހާގެ ސާހިބުމީހާއަށް އެބަހީ: ރަސްގެފާނަށް ރާބޯންދޭނެއެވެ. (އެބަހީ: ރަސްގެފާނަށް ރާތަށިކޮޅު އެރުވުމުގެ مقام އަށް عَيَّن ކުރެވޭނެއެވެ. އެއީ އޭނާގެ ހުވަފެނުގެ تفسير އެވެ.) އަދި އަނެއްމީހާ ދަންނައެވެ! އެމީހާގެ ކުށުގެ އަދަބަށް ދަންޖައްސައި صليب އަށް ލެވޭނެއެވެ. އަދި އޭނާގެ ގައިގެ މަސް ދޫނިތައް އައިސް ކައިހަދާނެއެވެ. އެއީ އޭނާގެ ހުވަފެނުގެ تفسير އެވެ. އެއީ ހުވަފެނުގައި ބޯމަތީބަހައްޓައިގެން ރޮށި އުފުލިމީހާއެވެ. ފަހެ ކަލޭމެން ދެމީހުން فتوى ހޯދަންއުޅުނު ދެކަންތަކުގެ މައްސަލަ އެގޮތަށް ވެނިމޭނެއެވެ. އެދެހުވަފެނުގެ تفسير އަކީ އެއީއެވެ.

Verse 42

وَقَالَ لِلَّذِى ظَنَّ أَنَّهُۥ نَاجٍ مِّنْهُمَا ٱذْكُرْنِى عِندَ رَبِّكَ فَأَنسَىٰهُ ٱلشَّيْطَـٰنُ ذِكْرَ رَبِّهِۦ فَلَبِثَ فِى ٱلسِّجْنِ بِضْعَ سِنِينَ

Transliteration waqāla lilladhī ẓanna annahu nājin min'humā udh'kur'nī ʿinda rabbika fa-ansāhu l-shayṭānu dhik'ra rabbihi falabitha fī l-sij'ni biḍ'ʿa sinīna

Dhivehi އަދި އެދެމީހުންކުރެ އެކަލޭގެފާނަށް އެމީހާ ސަލާމަތްވާނެކަމަށް ހީފުޅުވީމީހާއަށް އެކަލޭގެފާނު يعني: يوسف عليه السّلام ވިދާޅުވިއެވެ. ކަލޭ ސަލާމަތްވެގެންގޮސް ރަސްގެފާނުގާތު އަހުރެންގެ ވާހަކަ ހަނދާންކޮށްދޭށެވެ! (އަހުރެންވެސް މިޖަލުން ނެރެދޭތޯ ދަންނަވާށެވެ!) ދެންފަހެ އެމީހާ ސަލާމަތްވެގެންގޮސް އެވާހަކަ އޭނާގެ ސާހިބުމީހާގާތު ދަންނަވާ ހަނދާންކޮށްދިނުން ސައިތާނާ އޭނާއަށް ހަނދާންނެތިކޮށްދީފިއެވެ. ދެންފަހެ ތިނަކާ ދިހަޔަކާ ދެމެދުގެ އަހުރުތަކުގެތެރެއިން އަހަރުތަކެއްގައި އެކަލޭގެފާނު ޖަލުގައި ހުންނަވައިފިއެވެ. يوسف عليه السّلام ޖަލުގައި ހުންނެވިކަމަށްވަނީ ހަތްއަހަރުގައެވެ. والله أعلم.

Verse 43

وَقَالَ ٱلْمَلِكُ إِنِّىٓ أَرَىٰ سَبْعَ بَقَرَٰتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنۢبُلَـٰتٍ خُضْرٍ وَأُخَرَ يَابِسَـٰتٍ ۖ يَـٰٓأَيُّهَا ٱلْمَلَأُ أَفْتُونِى فِى رُءْيَـٰىَ إِن كُنتُمْ لِلرُّءْيَا تَعْبُرُونَ

Transliteration waqāla l-maliku innī arā sabʿa baqarātin simānin yakuluhunna sabʿun ʿijāfun wasabʿa sunbulātin khuḍ'rin wa-ukhara yābisātin yāayyuhā l-mala-u aftūnī fī ru'yāya in kuntum lilrru'yā taʿburūna

Dhivehi އަދި (އޭރުހުރި مصر ގެ) ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެންނަށް ހުވަފެނުގައި ފަލަ ހަތްގެރި ފެނުނެވެ. އަދި ހިމަ އަނަރޫފަ ހަތްގެރި އައިސް އެފަލަ ހަތްގެރިކައެވެ. އަދި ފެހިކުލައިގެ ތާޒާ ހަތްކުރާގަނޑާއި އަދި އެހެން ހިކިހަތްކުރާގަނޑު ދުށީމެވެ. އޭ އަހުރެންގެ قوم ގެ ބޮޑެތި މާތްމީހުންނޭވެ! ކަލޭމެންނަކީ ހުވަފެން تعبير ކުރާ ބަޔަކުކަމުގައި ވަންޏާ އަހުރެންގެ މިހުވަފެނުގެ تعبير އެބަހީ: އޭގެ فتوى ދީބަލާށެވެ!

Verse 44

قَالُوٓا۟ أَضْغَـٰثُ أَحْلَـٰمٍ ۖ وَمَا نَحْنُ بِتَأْوِيلِ ٱلْأَحْلَـٰمِ بِعَـٰلِمِينَ

Transliteration qālū aḍghāthu aḥlāmin wamā naḥnu bitawīli l-aḥlāmi biʿālimīna

Dhivehi އެމީހުން ދެންނެވިއެވެ. ތިޔައީ ނިދުމުގެތެރޭގައި ފެންނަ ދޮގު އަދި ތާކުންތާކުނުޖެހޭ ބޭކާރުތަކެއްޗެވެ. އެބާވަތުގެ ދޮގު އަދި ތާކުންތާކު ނުޖެހޭ ތަކެތީގެ تفسير ދަންނަބަޔަކުކަމުގައި އަހުރެމެން ނުވަމުއެވެ. އެމީހުންނަށް އޭގެ تفسير އެއް ނޭނގުނެވެ.

Verse 45

وَقَالَ ٱلَّذِى نَجَا مِنْهُمَا وَٱدَّكَرَ بَعْدَ أُمَّةٍ أَنَا۠ أُنَبِّئُكُم بِتَأْوِيلِهِۦ فَأَرْسِلُونِ

Transliteration waqāla alladhī najā min'humā wa-iddakara baʿda ummatin anā unabbi-ukum bitawīlihi fa-arsilūni

Dhivehi އަދި އެދެމީހުންކުރެ (އެބަހީ: ޖަލުގައި ހުވަފެންފެނިގެން އޭގެ تفسير ކުރެވުނު ދެމީހުންކުރެ) ސަލާމަތްވީމީހާ އެތައްދުވަހަކު (يوسف عليه السّلام ވިދާޅުވިވާހަކަ ހަނދާންނެތި ހުރުމަށްފަހު) ހަނދާންވެއްޖެއެވެ. އެބަހީ: يوسف عليه السّلام ގެމަތިން ހަނދާންވެއްޖެއެވެ. އޭނާ ރަސްގެފާނަށް ދަންނަވައިފިއެވެ. އަހުރެން މަނިކުފާނަށް އެހުވަފެނުގެ تفسير ކޮށްދީފާނަމެވެ. ފަހެ ކަލޭމެން އަހުރެން (ޖަލަށް) ފޮނުވައިދޭށެވެ! (ދެން އެމީހާ ޖަލަށްގޮސް يوسف عليه السّلام އަށް އެހުވަފެނުގެ تفسير ކޮށްދެއްވުމަށް އެދިދަންނަވަނީއެވެ. އޭނާ ދެންނެވިއެވެ.)

Verse 46

يُوسُفُ أَيُّهَا ٱلصِّدِّيقُ أَفْتِنَا فِى سَبْعِ بَقَرَٰتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعِ سُنۢبُلَـٰتٍ خُضْرٍ وَأُخَرَ يَابِسَـٰتٍ لَّعَلِّىٓ أَرْجِعُ إِلَى ٱلنَّاسِ لَعَلَّهُمْ يَعْلَمُونَ

Transliteration yūsufu ayyuhā l-ṣidīqu aftinā fī sabʿi baqarātin simānin yakuluhunna sabʿun ʿijāfun wasabʿi sunbulātin khuḍ'rin wa-ukhara yābisātin laʿallī arjiʿu ilā l-nāsi laʿallahum yaʿlamūna

Dhivehi އޭ يوسف (عليه السّلام) އެވެ. އޭ ތެދުވެރިޔާއެވެ. ފަލަ ހަތްގެރިޔާމެދު ކަލޭގެފާނު އަހުރެމެންނަށް فتوى ދެއްވައިބަބައްލަވާށެވެ. އެފަލަހަތްގެރި އަނަރޫފަ ހިމަ ހަތްގެރި އައިސްކަނީއެވެ. އަދި ފެހިތާޒާ ހަތްކުރާގަނޑާއި އަދި އެހެން ހިކި ހަތްކުރާގަނޑެވެ. (މިއީ ރަސްގެފާނު ދެކެވަޑައިގަތް ހުވަފެންފުޅެވެ. ފަހެ ކަލޭގެފާނު މިހުވަފެނުގެ تفسير ނުވަތަ އެއިން މުރާދުކުރެވޭ މާނައެއް ވިދާޅުވެދެއްވާބަލައްވާށެވެ.) އަހުރެން މީސްތަކުންގެ ގާތަށް (އެ تفسير އާއިގެން) ދިއުމުގެ أمّيد ގައެވެ. އޭރުން އެމީހުންނަށް އެނގިދާނެއެވެ.

Verse 47

قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًا فَمَا حَصَدتُّمْ فَذَرُوهُ فِى سُنۢبُلِهِۦٓ إِلَّا قَلِيلًا مِّمَّا تَأْكُلُونَ

Transliteration qāla tazraʿūna sabʿa sinīna da-aban famā ḥaṣadttum fadharūhu fī sunbulihi illā qalīlan mimmā takulūna

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އެބަހީ: يوسف (عليه السّلام) ވިދާޅުވިއެވެ. ކަލޭމެން އާދަވެގެން ކުރާގޮތަށް ހަތްއަހަރު ދަނޑުގޮވާން ކުރާށެވެ. ފަހެ ކަލޭމެންނަށް ހެއްދުނު އެއްޗެއް އޭތި އޭގެ ކުރާގަނޑުގައި ބަހައްޓާށެވެ. އޭގެތެރެއިން ކަލޭމެން ކާން ބޭނުންކުރާ މަދުއެތިކޮޅެއް މެނުވީއެވެ.

Verse 48

ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ سَبْعٌ شِدَادٌ يَأْكُلْنَ مَا قَدَّمْتُمْ لَهُنَّ إِلَّا قَلِيلًا مِّمَّا تُحْصِنُونَ

Transliteration thumma yatī min baʿdi dhālika sabʿun shidādun yakul'na mā qaddamtum lahunna illā qalīlan mimmā tuḥ'ṣinūna

Dhivehi ދެން އޭގެފަހުގައި ގަދަފަދަ ތަދުމަޑު ހަތްއަހަރު އަންނާނެއެވެ. އެއަހަރުތަކުގައި ކަލޭމެން ކާނީ ކުރީއަހަރުތަކުގައި ބަހައްޓާފައިވާ ތަކެއްޗެވެ.

Verse 49

ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ عَامٌ فِيهِ يُغَاثُ ٱلنَّاسُ وَفِيهِ يَعْصِرُونَ

Transliteration thumma yatī min baʿdi dhālika ʿāmun fīhi yughāthu l-nāsu wafīhi yaʿṣirūna

Dhivehi ދެން އޭގެފަހުގައި އަހަރެއް އަންނާނެއެވެ. އެއަހަރުގައި މީސްތަކުންނަށް ވާރޭފެން ލިބޭނެއެވެ. އަދި އެއަހަރު މީސްތަކުން (މޭބިސްކަދުރު ފަދަތަކެތި) ފެލާނެއެވެ. (ތިޔާގިވާނެއެވެ.) ދެން އެމީހާ އައިސް ރަސްގެފާނަށް އެ تفسير ކިޔައިދީފިއެވެ.

Verse 50

وَقَالَ ٱلْمَلِكُ ٱئْتُونِى بِهِۦ ۖ فَلَمَّا جَآءَهُ ٱلرَّسُولُ قَالَ ٱرْجِعْ إِلَىٰ رَبِّكَ فَسْـَٔلْهُ مَا بَالُ ٱلنِّسْوَةِ ٱلَّـٰتِى قَطَّعْنَ أَيْدِيَهُنَّ ۚ إِنَّ رَبِّى بِكَيْدِهِنَّ عَلِيمٌ

Transliteration waqāla l-maliku i'tūnī bihi falammā jāahu l-rasūlu qāla ir'jiʿ ilā rabbika fasalhu mā bālu l-nis'wati allātī qaṭṭaʿna aydiyahunna inna rabbī bikaydihinna ʿalīmun

Dhivehi އަދި ރަސްގެފާނު ވިދާޅުވިއެވެ. ކަލޭމެން އެކަލޭގެފާނު يعني: يوسف ގެފާނު ތިމަންކަލޭގެފާނު އަރިހަށް ގެންނާށެވެ! (ދެންފަހެ ރަސްގެފާނު އެކަލޭގެފާނުންގެ އަރިހަށް މީހަކު ފޮނުއްވިއެވެ.) ފަހެ އެފޮނުއްވި މީހާ އެކަލޭގެފާނުންގެ އަރިހަށް ދިއުމުން އެކަލޭގެފާނު ވިދާޅުވިއެވެ. (އެބަހީ يوسف ގެފާނުވިދާޅުވިއެވެ.) "ކަލޭ ކަލޭގެ ސާހިބުމީހާގާތަށް ދާށެވެ! އެބަހީ: ރަސްގެފާނުންގެއަރިހަށް ދާށެވެ! އަދި އެމަނިކުފާނަށް ދަންނަވާށެވެ! އެކަނބަލުންގެ އަތްތައް ކޮށި އަންހެނުންގެ مقصد އަކީ ކޮބައިތޯ އެކަނބަލުންކުރެ އައްސަވާށޭ އެރަސްގެފާނަށް ދަންނަވާށެވެ." (ދެން އެމީހާ އަނބުރާ އައިސް އެވާހަކަ ރަސްގެފާނަށް ދެންނެވުމުން އެރަސްގެފާނު އެކަނބަލުން ގެންނަވާ ވިދާޅުވިއެވެ.)

Verse 51

قَالَ مَا خَطْبُكُنَّ إِذْ رَٰوَدتُّنَّ يُوسُفَ عَن نَّفْسِهِۦ ۚ قُلْنَ حَـٰشَ لِلَّهِ مَا عَلِمْنَا عَلَيْهِ مِن سُوٓءٍ ۚ قَالَتِ ٱمْرَأَتُ ٱلْعَزِيزِ ٱلْـَٔـٰنَ حَصْحَصَ ٱلْحَقُّ أَنَا۠ رَٰوَدتُّهُۥ عَن نَّفْسِهِۦ وَإِنَّهُۥ لَمِنَ ٱلصَّـٰدِقِينَ

Transliteration qāla mā khaṭbukunna idh rāwadttunna yūsufa ʿan nafsihi qul'na ḥāsha lillahi mā ʿalim'nā ʿalayhi min sūin qālati im'ra-atu l-ʿazīzi l-āna ḥaṣḥaṣa l-ḥaqu anā rāwadttuhu ʿan nafsihi wa-innahu lamina l-ṣādiqīna

Dhivehi ކަލޭމެން يوسف ގެފާނުންގެ نفس ފުޅު شهوة ގެފަރާތަށް ލެންބުމުގެ مقصد އަކީ ފަހެ ކޮބައިހެއްޔެވެ؟ އެކަލޭގެފާނުންގެ ކުށަކީ ކޮބައިހެއްޔެވެ؟ އެކަނބަލުން ދެންނެވިއެވެ. ﷲ ގެ حضرة ން ސަލާމަތްއެދެމެވެ. އެކަލޭގެފާނުންގެ ފަރާތުން އެއްވެސް ކުށެއް ނުބައެއް އަހުރެމެންނަކަށް އެނގިގެން ނުވެއެވެ. عزيز ގެ އަނބިކަނބަލުން ވިދާޅުވިއެވެ. މިހާރު حقّ ފައުޅުވެ بيان ވީއެވެ. އެކަލޭގެފާނުންގެ نفس ފުޅު ލަންބައި فاحش ކަމުގެތެރެއަށް ގެނައުމަށް މަސައްކަތްކުރީ އަހުރެންނެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނުވަނީ ކަނޑައެޅިގެން ތެދުވެރިންގެތެރެއިންނެވެ.

Verse 52

ذَٰلِكَ لِيَعْلَمَ أَنِّى لَمْ أَخُنْهُ بِٱلْغَيْبِ وَأَنَّ ٱللَّهَ لَا يَهْدِى كَيْدَ ٱلْخَآئِنِينَ

Transliteration dhālika liyaʿlama annī lam akhun'hu bil-ghaybi wa-anna l-laha lā yahdī kayda l-khāinīna

Dhivehi އެގޮތަކީ މިވާހަކަ އަހުރެންމިބަޔާންކުރަނީ ހަމަކަށަވަރުން އަހުރެންނަކީ އަހުރެންގެ ފިރިމީހާ ނެތް غيب ގައި އޭނާޔަށް خيانة ތެރިނުވާ މީހެއްކަން އޭނާއަށް އެންގުމަށެވެ. އަދި ހަމަކަށަވަރުން خيانة ތެރިންގެ މަކަރާއި ރޭވުން ﷲ ކާމިޔާބު ނުކުރައްވައެވެ.) މިއީ عزيز ގެ އަނބިކަނބަލުން زليخا ގެ ވާހަކަ ކަމުގައިވެއެވެ. އަދި ދެން އަންނަ އާޔަތުގައިވެސް އެވަނީ އެކަމަނާގެ ވާހަކަކަމުގައިވިއެވެ. (\nދަންނައެވެ! މިއާޔަތުގެ تفسير ގައި مفسّر ންގެ ބަސް ވަރަށްތަފާތެވެ. އެއާޔަތުގައި އެވާ ވާހަކައަކީ يوسف عليه السّلام ދެއްކެވި ވާހަކަފުޅެއްކަމުގައި ބައެއް ބޭކަލުން ވިދާޅުވިއެވެ. އަޅުގަނޑު ލިޔެފައި އެވަނީ تفسير ابن كثير ގައި رَاجِعُ ކުރައްވާފައިވާ ގޮތެވެ. އެގޮތް ބާވައިލެއްވުމުގެ سياق އާއި ގުޅުން ބޮޑުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. (والله أعلم)

Verse 53

۞ وَمَآ أُبَرِّئُ نَفْسِىٓ ۚ إِنَّ ٱلنَّفْسَ لَأَمَّارَةٌۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّىٓ ۚ إِنَّ رَبِّى غَفُورٌ رَّحِيمٌ

Transliteration wamā ubarri-u nafsī inna l-nafsa la-ammāratun bil-sūi illā mā raḥima rabbī inna rabbī ghafūrun raḥīmun

Dhivehi އަދި އަހުރެން އަހުރެންގެ نفس ބަރީއަ ނުކުރަމެވެ. އެހެނީ ހަމަކަށަވަރުން نفس އަކީ ނުބައިކަންތަކަށް أمر ކުރާ އެއްޗެކެވެ. ﷲ رحمة ލެއްވި نفس އެއްމެނުވީއެވެ. ހަމަކަށަވަރުން ތިމަންގެ ربّ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުންބޮޑު ކަލާނގެއެވެ. (މިއާޔަތް މިވަނީ ހަމަކުރީ އާޔަތާ ގުޅިފައެވެ.) އެކެއްގެ ވާހަކައެވެ. (والله أعلم)

Verse 54

وَقَالَ ٱلْمَلِكُ ٱئْتُونِى بِهِۦٓ أَسْتَخْلِصْهُ لِنَفْسِى ۖ فَلَمَّا كَلَّمَهُۥ قَالَ إِنَّكَ ٱلْيَوْمَ لَدَيْنَا مَكِينٌ أَمِينٌ

Transliteration waqāla l-maliku i'tūnī bihi astakhliṣ'hu linafsī falammā kallamahu qāla innaka l-yawma ladaynā makīnun amīnun

Dhivehi އަދި ރަސްގެފާނު ވިދާޅުވިއެވެ. " އަހުރެންގާތަށް ކަލޭމެން އެކަލޭގެފާނު ގެންނާށެވެ! އަހުރެން އަހުރެންގެ އަމިއްލަ نفس އަށް އޭނާ خاصّ ކުރާހުށީމެވެ.) ދެންފަހެ އެކަލޭގެފާނު ޖަލުން ގެންނަވައި އެކަލޭގެފާނާއި ރަސްގެފާނު ވާހަކަފުޅު ދެއްކެވިހިނދުން ވިދާޅުވިއެވެ. (ހަމަކަށަވަރުން މިއަދު ކަލޭގެފާނަކީ އަހުރެންގެގާތުގައި ދަރަޖަޔާއި قدر ހުރި أمانة ތެރިއެކެވެ. މާތްމީހެކެވެ."

Verse 55

قَالَ ٱجْعَلْنِى عَلَىٰ خَزَآئِنِ ٱلْأَرْضِ ۖ إِنِّى حَفِيظٌ عَلِيمٌ

Transliteration qāla ij'ʿalnī ʿalā khazāini l-arḍi innī ḥafīẓun ʿalīmun

Dhivehi އެކަލޭގެފާނު يعني: يوسف عليه السّلام ވިދާޅުވިއެވެ. "ބިމުގެ خزانة ތަކުގެމައްޗަށް އެބަހީ: ރަށުގެ ماليّة މައްޗަށް ތިމަންކަލޭގެފާނު ވެރިކޮށްދެއްވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނީ އެކަމުގެމައްޗަށް ރައްކާތެރިވާ އަދި އެކަން ދެނެހުރި މީހަކީމެވެ. (އެކަމަށްޓަކައި ﷲ وحي ކުރެއްވިއެވެ.)

Verse 56

وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى ٱلْأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَشَآءُ ۚ نُصِيبُ بِرَحْمَتِنَا مَن نَّشَآءُ ۖ وَلَا نُضِيعُ أَجْرَ ٱلْمُحْسِنِينَ

Transliteration wakadhālika makkannā liyūsufa fī l-arḍi yatabawwa-u min'hā ḥaythu yashāu nuṣību biraḥmatinā man nashāu walā nuḍīʿu ajra l-muḥ'sinīna

Dhivehi ތިމަންރަސްކަލާނގެ يوسف (عليه السّلام) އަށް (مصر ގެ) ބިމުގައި تمكين ކޮށްދެއްވައި ހަމަޖައްސައިދެއްވީ އެފަދައިންނެވެ. އެއީ އެކަލޭގެފާނު އެދިވަޑައިގަންނަވާފަދައަކުން އެބިމުން އެކަލޭގެފާނު މަންޒިލެއް ހިއްޕަވައި ވަޒަންވެރިވެވަޑައިގެންނެވުމަށެވެ. ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ތިމަންރަސްކަލާނގެ رحمة ތިމަންރަސްކަލާނގެ ދިމާކުރައްވައެވެ. رحمة ލައްވަމެވެ. إحسان ތެރިންގެ ދަރުމަ ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވަމެވެ.

Verse 57

وَلَأَجْرُ ٱلْـَٔاخِرَةِ خَيْرٌ لِّلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ

Transliteration wala-ajru l-ākhirati khayrun lilladhīna āmanū wakānū yattaqūna

Dhivehi އަދި آخرة ގެ ދަރުމަ އީމާންވެ تقوى ވެރިވާމީހުންނަށް މާހެޔޮވެގެންވެއެވެ.

Verse 58

وَجَآءَ إِخْوَةُ يُوسُفَ فَدَخَلُوا۟ عَلَيْهِ فَعَرَفَهُمْ وَهُمْ لَهُۥ مُنكِرُونَ

Transliteration wajāa ikh'watu yūsufa fadakhalū ʿalayhi faʿarafahum wahum lahu munkirūna

Dhivehi އަދި يوسف عليه السّلام ގެ أخ ން އަތުވެއްޖެއެވެ. އަދި އެކަލޭގެފާނުންގެ އަރިހަށް އެމީހުން ހިނގައްޖެއެވެ. އަދި އެކަލޭގެފާނަށް އެމީހުން އެނގިވަޑައިގެންފިއެވެ. އަދި އެމީހުން ވީ އެކަލޭގެފާނު ނޭނގޭ ބަޔަކުކަމުގައެވެ.

Verse 59

وَلَمَّا جَهَّزَهُم بِجَهَازِهِمْ قَالَ ٱئْتُونِى بِأَخٍ لَّكُم مِّنْ أَبِيكُمْ ۚ أَلَا تَرَوْنَ أَنِّىٓ أُوفِى ٱلْكَيْلَ وَأَنَا۠ خَيْرُ ٱلْمُنزِلِينَ

Transliteration walammā jahhazahum bijahāzihim qāla i'tūnī bi-akhin lakum min abīkum alā tarawna annī ūfī l-kayla wa-anā khayru l-munzilīna

Dhivehi އަދި އެކަލޭގެފާނު އެމީހުންނަށް ތައްޔާރުކޮށްދެއްވަންވީ ތަކެތި ތައްޔާރުކޮށްދެއްވާ (ދަތުރަށް ފުރަންވީހިނދުން) ވިދާޅުވިއެވެ. "ކަލޭމެންނަށްވާ أخ (بنيا مين) ކަލޭމެންގެ ބައްޕަގެ އަރިހުން ލިބިގަނެގެން އޭނާ ތިމަންކަލޭގެފާނު އަރިހަށް ގެނަސްދޭށެވެ!" މިނުން އެންމެ ރަނގަޅަށް ފުރިހަމަކޮށްދެނީ ތިމަންކަލޭގެފާނުންކަން ކަލޭމެން ނުދެކެމުހެއްޔެވެ؟ އަދި ތިމަންކަލޭގެފާނީ މެހްމާނުންނަށް އެންމެ ހެޔޮކޮށް މެހްމާންދާރީ އަދާކުރާ މީހާއެވެ. (އެކަންވެސް ކަލޭމެންނަށް އެނގޭނެއެވެ.)

Verse 60

فَإِن لَّمْ تَأْتُونِى بِهِۦ فَلَا كَيْلَ لَكُمْ عِندِى وَلَا تَقْرَبُونِ

Transliteration fa-in lam tatūnī bihi falā kayla lakum ʿindī walā taqrabūni

Dhivehi "ފަހެ ކަލޭމެން އޭނާ ތިމަންކަލޭގެފާނުންގެ އަރިހަށް ނުގެނައީވިއްޔާ ތިމަންކަލޭގެފާނުގެ ގާތުން ދެން ކަލޭމެނަށް މިނެދިނުމެއް ނެތެވެ. (ވިޔަފާރިއެއް ނެތެވެ.) އަދި ތިމަންކަލޭގެފާނު ގެ ކައިރިޔަށް ކަލޭމެން ނާންނާށެވެ!"

Verse 61

قَالُوا۟ سَنُرَٰوِدُ عَنْهُ أَبَاهُ وَإِنَّا لَفَـٰعِلُونَ

Transliteration qālū sanurāwidu ʿanhu abāhu wa-innā lafāʿilūna

Dhivehi އެމީހުން ދެންނެވިއެވެ. "އަހުރެމެން އޭނާ ގެނެވޭތޯ އޭނާގެ ބައްޕަގެ އަރިހުން އެދޭނަމެވެ. ކޮންމެވެސް ގޮތެއް ހަދައިގެން އެކަންވޭތޯ ބަލާނަމެވެ. އެކަންކުރާނަމެވެ."

Verse 62

وَقَالَ لِفِتْيَـٰنِهِ ٱجْعَلُوا۟ بِضَـٰعَتَهُمْ فِى رِحَالِهِمْ لَعَلَّهُمْ يَعْرِفُونَهَآ إِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمْ لَعَلَّهُمْ يَرْجِعُونَ

Transliteration waqāla lifit'yānihi ij'ʿalū biḍāʿatahum fī riḥālihim laʿallahum yaʿrifūnahā idhā inqalabū ilā ahlihim laʿallahum yarjiʿūna

Dhivehi އަދި އެކަލޭގެފާނު (يوسف عليه السلام) އެކަލޭގެފާނުންގެ غُلام ންނަށް ވިދާޅުވިއެވެ. "އެމީހުން ކާނާގަންނަން ގެނައި ތަކެތި (އެމީހުންނަށް ނޭނގޭގޮތަށް) އެމީހުންގެ ދަތުރުސާމާނުތަކުގެތެރެއަށް ލާށެވެ! އަނބުރާ ގެންދާށެވެ! އެމީހުން އެމީހުންގެ أهل ވެރިންގާތަށް އެނބުރި ހިނގައްޖެއްޔާ އެތަކެތި އެމީހުންނަށް ރައްދުވެފައިވާކަން އެންގެވުމަށްޓަކައެވެ. އަދި އެއީ އެމީހުން އަނބުރާ އައުމުގެ أمّيد ގައެވެ."

Verse 63

فَلَمَّا رَجَعُوٓا۟ إِلَىٰٓ أَبِيهِمْ قَالُوا۟ يَـٰٓأَبَانَا مُنِعَ مِنَّا ٱلْكَيْلُ فَأَرْسِلْ مَعَنَآ أَخَانَا نَكْتَلْ وَإِنَّا لَهُۥ لَحَـٰفِظُونَ

Transliteration falammā rajaʿū ilā abīhim qālū yāabānā muniʿa minnā l-kaylu fa-arsil maʿanā akhānā naktal wa-innā lahu laḥāfiẓūna

Dhivehi ފަހެ އެމީހުން އެމީހުންގެ ބައްޕަގެގާތަށް އެނބުރި رجوع ވީހިނދުން އެމީހުން ދެންނެވިއެވެ. "އޭ އަހުރެމެންގެ ބައްޕާއެވެ. އަހުރެމެންނަށް ކާނާދިނުން މަނާވެވިއްޖެއެވެ. (އެއީ އަހުރެމެންގެ أخ بُنْيَامِين އަހުރެމެންނާއެކު ނުގެންދިޔައްޔާއެވެ.) ފަހެ އެހެންވެ އަހުރެމެންގެ أخ އަހުރެމެންނާ އެކު ފޮނުއްވާދެއްވާށެވެ! އޭރުން އަހުރެމެންނަށް މިނެވޭނެއެވެ. (ކާނާ ލިބޭނެއެވެ.) އަދި ހަމަކަށަވަރުން އަހުރެމެންވާހުށީ އޭނާއަށް ރައްކާތެރިވާ ބަޔަކުކަމުގައެވެ."

Verse 64

قَالَ هَلْ ءَامَنُكُمْ عَلَيْهِ إِلَّا كَمَآ أَمِنتُكُمْ عَلَىٰٓ أَخِيهِ مِن قَبْلُ ۖ فَٱللَّهُ خَيْرٌ حَـٰفِظًا ۖ وَهُوَ أَرْحَمُ ٱلرَّٰحِمِينَ

Transliteration qāla hal āmanukum ʿalayhi illā kamā amintukum ʿalā akhīhi min qablu fal-lahu khayrun ḥāfiẓan wahuwa arḥamu l-rāḥimīna

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. "މީގެކުރީ ކަލޭމެންގެ أخ (يوسف) ގެމައްޗަށް ކަލޭމެން އަމާންވީފަދައިން މެނުވީ ކަލޭމެން މީނާގެމައްޗަށްވެސް އަމާންވެ ރައްކާތެރިވާނެހެއްޔެވެ؟ (އެބަހީ: ވާނީ ހަމައެގޮތެވެ.) ފަހެ، ރައްކާތެރި ކުރެއްވުމުގެގޮތުން ﷲ މާ ހެވެވެ. އަދި އެކަލާނގެއީ رحم ކުރާފަރާތްތަކުގެ ތެރެއިން رَحم އެންމެބޮޑު ކަލާނގެއެވެ."

Verse 65

وَلَمَّا فَتَحُوا۟ مَتَـٰعَهُمْ وَجَدُوا۟ بِضَـٰعَتَهُمْ رُدَّتْ إِلَيْهِمْ ۖ قَالُوا۟ يَـٰٓأَبَانَا مَا نَبْغِى ۖ هَـٰذِهِۦ بِضَـٰعَتُنَا رُدَّتْ إِلَيْنَا ۖ وَنَمِيرُ أَهْلَنَا وَنَحْفَظُ أَخَانَا وَنَزْدَادُ كَيْلَ بَعِيرٍ ۖ ذَٰلِكَ كَيْلٌ يَسِيرٌ

Transliteration walammā fataḥū matāʿahum wajadū biḍāʿatahum ruddat ilayhim qālū yāabānā mā nabghī hādhihi biḍāʿatunā ruddat ilaynā wanamīru ahlanā wanaḥfaẓu akhānā wanazdādu kayla baʿīrin dhālika kaylun yasīrun

Dhivehi އަދި އެމީހުން އެމީހުންގެ ދަތުރުގެސާމާނުތައް ހުޅުވިހިނދު އެމީހުން ކާނާގަންނަން ގެންދިޔަތަކެތި އަނބުރާ އެމީހުންނަށް ރައްދުކުރެވިގެންވަނިކޮށް އެމީހުން ދެކެފިއެވެ. އެމީހުން ދެންނެވިއެވެ. "އޭ އަހުރެމެންގެ ބައްޕާފުޅާއެވެ! މީގެއިތުރަށް ދެން އަހުރެމެން އެދޭނީ ކޮންއެއްޗެއްހެއްޔެވެ؟ / ނުވަތަ މިއީ އަހުރެމެން އެދޭގޮތެއްނޫނެވެ. މިހުރީ އަހުރެމެން ގެންދިޔަތަކެތި އަނބުރާ އަހުރެމެންނަށް ރައްދުކުރެވިފައެވެ. (ވީމާ އަހުރެމެން އަލުންދާނީއެވެ.) އަދި އަހުރެމެން އަހުރެމެންގެ أهل ވެރިންނަށް ކާނާ ގެނަސްދޭނީއެވެ. އަދި އަހުރެމެން ގެ أخ އާއަށް އަހުރެމެން ރައްކާތެރިވާނަމެވެ. އަދި އިތުރު بعير އެއްގެކާނާ (އިތުރު جمل އެއް ބަރުކޮށް ކާނާ) އަހުރެމެންނަށް ލިބޭނެއެވެ. އެއީ (އެރަސްގެފާނުންގެ نسبة ގައި) ދާދިފަސޭހަ މިނެދިނުމެކެވެ."

Verse 66

قَالَ لَنْ أُرْسِلَهُۥ مَعَكُمْ حَتَّىٰ تُؤْتُونِ مَوْثِقًا مِّنَ ٱللَّهِ لَتَأْتُنَّنِى بِهِۦٓ إِلَّآ أَن يُحَاطَ بِكُمْ ۖ فَلَمَّآ ءَاتَوْهُ مَوْثِقَهُمْ قَالَ ٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌ

Transliteration qāla lan ur'silahu maʿakum ḥattā tu'tūni mawthiqan mina l-lahi latatunnanī bihi illā an yuḥāṭa bikum falammā ātawhu mawthiqahum qāla l-lahu ʿalā mā naqūlu wakīlun

Dhivehi އެކަލޭގެފާނު يعني: يعقوب (عليه السّلام) ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަށް އޭނާ އަނބުރާ ގެނަސްދޭނެކަމުގެމައްޗަށް އިތުބާރުކުރެވޭފަދަ عهد ކަށަވަރެއް ކަލޭމެން ގެނަސްދިނިއްޔާމެނުވީ، އެބަހީ: ﷲ ގަންދީ އެގޮތަށް ހުވައިކުރިއްޔާމެނުވީ ތިމަންކަލޭގެފާނު ކަލޭމެނާއެކު އޭނާ ނުފޮނުވާނަމެވެ. އެއީ އޭނާޔާއިގެން ކަލޭމެންނަށް ނާދެވޭފަދަ مصيبة އެއް ކަލޭމެނަށް ޖެހުނިއްޔާމެނުވީއެވެ." (ދެން އެމީހުން އެކަލޭގެފާނަށް އެ عهد ކަށަވަރުދެއްވީއެވެ.) ދެންފަހެ އެމީހުން އެ عهد ކަށަވަރު ދެއްވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެމެން މިދެއްކި ވާހަކަޔާއި عهد ކަށަވަރާ މެދު ﷲ އާ وكيل އެވެ." (އޭގެފަހުގައި އެކަލޭގެފާނު އެމީހުންނާ އެ أخ حوال ކުރެއްވީއެވެ.)

Verse 67

وَقَالَ يَـٰبَنِىَّ لَا تَدْخُلُوا۟ مِنۢ بَابٍ وَٰحِدٍ وَٱدْخُلُوا۟ مِنْ أَبْوَٰبٍ مُّتَفَرِّقَةٍ ۖ وَمَآ أُغْنِى عَنكُم مِّنَ ٱللَّهِ مِن شَىْءٍ ۖ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ

Transliteration waqāla yābaniyya lā tadkhulū min bābin wāḥidin wa-ud'khulū min abwābin mutafarriqatin wamā ugh'nī ʿankum mina l-lahi min shayin ini l-ḥuk'mu illā lillahi ʿalayhi tawakkaltu waʿalayhi falyatawakkali l-mutawakilūna

Dhivehi އަދި يعقوب عليه السّلام ވިދާޅުވިއެވެ. "އޭ އަހުރެންގެ ދަރިންނޭވެ! ކަލޭމެން (އެރަށަށްގޮސް) އެންމެން އެއްމަގަކުން ނުދާށެވެ! އަދި ތަފާތު މަގުތަކުންދާށެވެ! އަދި ﷲ ގެ حضرة ން އަތުވެދާނޭ އެއްވެސްކަމެއް -އެބަހީ: އެކަލާނގެ قَضَاقَدَر ނިޔާކޮށްފި އެއްވެސްކަމަކުން ކަލޭމެނަށް އަތުވެދާނޭ އެއްވެސް ނުރައްކަލަކުން އެއްވެސްކަމެއް ތިމަންކަލޭގެފާނަށް ފުއްދައެއް ނުދެވޭނެއެވެ. އަދި އެއްވެސް ކަމެއްގެ حكم ﷲ ގެ حضرة ން މެނުވީ ނުވެއެވެ. އަދި ތިމަންކަލޭގެފާނު މި وكيل ކުރީ ހަމަ ﷲ އާ އެވެ. އަދި وكيل ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކުރާ ހުށިކަމެވެ."

Verse 68

وَلَمَّا دَخَلُوا۟ مِنْ حَيْثُ أَمَرَهُمْ أَبُوهُم مَّا كَانَ يُغْنِى عَنْهُم مِّنَ ٱللَّهِ مِن شَىْءٍ إِلَّا حَاجَةً فِى نَفْسِ يَعْقُوبَ قَضَىٰهَا ۚ وَإِنَّهُۥ لَذُو عِلْمٍ لِّمَا عَلَّمْنَـٰهُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

Transliteration walammā dakhalū min ḥaythu amarahum abūhum mā kāna yugh'nī ʿanhum mina l-lahi min shayin illā ḥājatan fī nafsi yaʿqūba qaḍāhā wa-innahu ladhū ʿil'min limā ʿallamnāhu walākinna akthara l-nāsi lā yaʿlamūna

Dhivehi އަދި އެމީހުން އެމީހުންގެ ބައްޕަ އެ އެންގެވިގޮތުގެމަތީން އެރަށަށް ވަތްހިނދުން ﷲ ގެ حضرة ންވާ އެއްވެސްކަމަކުން ކަމެއް އެމީހުންގެފަރާތުން ފުއްދައިދިންކަމެއްކަމުގައި އެކަން ނުވިއެވެ. އެއީ ހަމައެކަނި يعقوب عليه السّلام އެކަލޭގެފާނު ގެ އަމިއްލަ نفس ފުޅަށް ފައުޅުކޮށްލި ބޭނުމެއްކަމުގައި މެނުވީ ނުވެއެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނަކީ އެބަހީ: يعقوب عليه السّلام އަކީ އެކަލޭގެފާނަށް ތިމަންރަސްކަލާނގެ އުގަންނަވައިދެއްވި ތަކެތި ދެނެހުންނެވި ބޭކަލެއްކަމުގައިވިއެވެ. އަދި އެހެންނަމަވެސް ގިނަމީހުންނަކަށް އެކަމެއް ނޭނގެއެވެ.

Verse 69

وَلَمَّا دَخَلُوا۟ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيْهِ أَخَاهُ ۖ قَالَ إِنِّىٓ أَنَا۠ أَخُوكَ فَلَا تَبْتَئِسْ بِمَا كَانُوا۟ يَعْمَلُونَ

Transliteration walammā dakhalū ʿalā yūsufa āwā ilayhi akhāhu qāla innī anā akhūka falā tabta-is bimā kānū yaʿmalūna

Dhivehi އަދި އެމީހުން يوسف (عليه السّلام) ގެ އަރިހަށް ވަތްހިނދުން އެކަލޭގެފާނު ގެ أخ އެކަލޭގެފާނު ގެ އަރިހަށް ގާތްކޮށްލެއްވިއެވެ. އަދި އެކަލޭގެފާނާ އެއްމަންޒިލެއްގައި ތިބޭގޮތަށް ހަމަޖެއްސެވިއެވެ. އަދި ވިދާޅުވިއެވެ. "ތިމަންކަލޭގެފާނީ ކަލޭގެ أخ (يوسف) އެވެ. އަދި އެމީހުން އެކުރާ ކަންތަކާމެދު ހިތާމަކޮށް ނާއުއްމީދު ނުވާށެވެ!"

Verse 70

فَلَمَّا جَهَّزَهُم بِجَهَازِهِمْ جَعَلَ ٱلسِّقَايَةَ فِى رَحْلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا ٱلْعِيرُ إِنَّكُمْ لَسَـٰرِقُونَ

Transliteration falammā jahhazahum bijahāzihim jaʿala l-siqāyata fī raḥli akhīhi thumma adhana mu-adhinun ayyatuhā l-ʿīru innakum lasāriqūna

Dhivehi ދެންފަހެ އެކަލޭގެފާނު އެމީހުންނަށް ތައްޔާރުކޮށްދެއްވަންވީ ތައްޔާރީއެއްކުރައްވާ (ފުރަންވީ) ހިނދު އެކަލޭގެފާނުންގެ أخ ގެ ސާމާނުއަޅާ އެތީގެތެރެއަށް މީސްތަކުންނަށް މިނެދޭއެތި ލައްވައި ވަންހަނާކުރައްވައިފިއެވެ. ދެން ގޮވާމީހަކު ގޮވައިފިއެވެ. އޭ قافلة ގެ أهل ވެރިންނޭވެ! "ހަމަކަށަވަރުން ކަލޭމެންނަކީ ވަގުންކަން ކަށަވަރެވެ."

Verse 71

قَالُوا۟ وَأَقْبَلُوا۟ عَلَيْهِم مَّاذَا تَفْقِدُونَ

Transliteration qālū wa-aqbalū ʿalayhim mādhā tafqidūna

Dhivehi އަދި އެގޮވާމީހުންނާ ކުރިމަތިލައި އެ قافلة ގެ أهل ވެރިން ބުންޏެވެ. ކަލޭމެނަށް ގެއްލުނީ ކޮންއެއްޗެއްހެއްޔެވެ؟

Verse 72

قَالُوا۟ نَفْقِدُ صُوَاعَ ٱلْمَلِكِ وَلِمَن جَآءَ بِهِۦ حِمْلُ بَعِيرٍ وَأَنَا۠ بِهِۦ زَعِيمٌ

Transliteration qālū nafqidu ṣuwāʿa l-maliki waliman jāa bihi ḥim'lu baʿīrin wa-anā bihi zaʿīmun

Dhivehi އެމީހުން ބުންޏެވެ. އަހުރެމެންނަށް ގެއްލުނީ މީސްތަކުންނަށް މިނެދޭން ގެންގުޅޭ އެއްޗެވެ. އަދި އެގެނަސްދިންމީހަކަށް جمل އެއް ބަރުކޮށް މުދާދޭހުށީމެވެ. އަދި އަހުރެން މިވަނީ އެމީހަކަށް އެދިނުމާމެދު حوال ވެގެންނެވެ.

Verse 73

قَالُوا۟ تَٱللَّهِ لَقَدْ عَلِمْتُم مَّا جِئْنَا لِنُفْسِدَ فِى ٱلْأَرْضِ وَمَا كُنَّا سَـٰرِقِينَ

Transliteration qālū tal-lahi laqad ʿalim'tum mā ji'nā linuf'sida fī l-arḍi wamā kunnā sāriqīna

Dhivehi يوسف ގެފާނު ގެ أخ ން ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ. އަހުރެމެން އައީ ބިމުގައި ފަސާދަކުރުމަށް ނޫންކަން ކަލޭމެނަށް ރަނގަޅަށް އެނގިފައިވާނެއެވެ. އަދި އަހުރެމެންނަކީ ވަގުންނެއްނޫނެވެ."

Verse 74

قَالُوا۟ فَمَا جَزَٰٓؤُهُۥٓ إِن كُنتُمْ كَـٰذِبِينَ

Transliteration qālū famā jazāuhu in kuntum kādhibīna

Dhivehi އެމީހުން ބުންޏެވެ. (އެބަހީ: ރަށުގެމީހުން ބުންޏެވެ.) "ކަލޭމެން ދޮގުވެރިން ކަމުގައިވަންޏާ ދެން އެކަމުގެ جزاء އަކީ ކޮބައިހެއްޔެވެ؟" (އެބަހީ: ވައްކަންކުރިކަން ސާބިތުވެއްޖެއްޔާ ދެން އެކަމުގެ ޖަޒާއަކީ ކޮބައިހެއްޔެވެ؟)

Verse 75

قَالُوا۟ جَزَٰٓؤُهُۥ مَن وُجِدَ فِى رَحْلِهِۦ فَهُوَ جَزَٰٓؤُهُۥ ۚ كَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ

Transliteration qālū jazāuhu man wujida fī raḥlihi fahuwa jazāuhu kadhālika najzī l-ẓālimīna

Dhivehi يوسف ގެފާނު ގެ أخ ން ބުންޏެވެ. "އެމީހެއްގެ ދަތުރުފޮށިން އެއެއްޗެއް ފެނެވިއްޖެ މީހާގެ ޖަޒާއަކީ ވައްކަންކުރިމީހަކަށް އެއޮންނަ ޖަޒާއެވެ. އަހުރެމެން އަނިޔާވެރިންނަށް ޖަޒާދެއްވަނި އެފަދައިންނެވެ." • ދަންނައެވެ. (ބުނެވެނީ يوسف ގެފާނު ގެ أخ ންގެތެރޭގައި އޮންނަ قواعد އަކީ މީހަކު ވައްކަންކޮށްފިއްޔާ އެމީހަކު އަޅެއްގެގޮތުގައި އެއްއަހަރުވާންދެން ވަގަށް ސާމާނު ނެގެވުނު އެ މީހާއާ حوال ކުރުމެވެ. والله أعلم)

Verse 76

فَبَدَأَ بِأَوْعِيَتِهِمْ قَبْلَ وِعَآءِ أَخِيهِ ثُمَّ ٱسْتَخْرَجَهَا مِن وِعَآءِ أَخِيهِ ۚ كَذَٰلِكَ كِدْنَا لِيُوسُفَ ۖ مَا كَانَ لِيَأْخُذَ أَخَاهُ فِى دِينِ ٱلْمَلِكِ إِلَّآ أَن يَشَآءَ ٱللَّهُ ۚ نَرْفَعُ دَرَجَـٰتٍ مَّن نَّشَآءُ ۗ وَفَوْقَ كُلِّ ذِى عِلْمٍ عَلِيمٌ

Transliteration fabada-a bi-awʿiyatihim qabla wiʿāi akhīhi thumma is'takhrajahā min wiʿāi akhīhi kadhālika kid'nā liyūsufa mā kāna liyakhudha akhāhu fī dīni l-maliki illā an yashāa l-lahu narfaʿu darajātin man nashāu wafawqa kulli dhī ʿil'min ʿalīmun

Dhivehi ދެންފަހެ يوسف عليه السّلام އެކަލޭގެފާނުންގެ أخ بِنْيَامِين ގެ ސާމާނު ޗެކްކުރެއްވުމަށްވުރެ ކުރިން ދެންތިބި އެހެނިހެން أخ ންގެ ސާމާނުތައް ޗެކްކުރައްވަން ފެއްޓެވިއެވެ. ދެން އޭގެފަހުން އެކަލޭގެފާނުންގެ أخ بِنْيَامِين ގެ ސާމާނު ޗެކްކުރައްވައި އޭގެތެރެއިން އެގެއްލުނު އެތި ނެރުއްވައިފިއެވެ. ތިމަންރަސްކަލާގެ يوسف عليه السّلام އަށް އެކަލޭގެފާނުންގެ أخ ހިފެހެއްޓެވުމަށް ރާވައިދެއްވީ އެފަދައިންނެވެ. ﷲ އިރާދަކުރެއްވިއްޔާމެނުވީ އެކަލޭގެފާނުންގެ أخ، ރަސްގެފާނުންގެ حَيثية ން ހިފެހެއްޓެވުމެއް އެކަލޭގެފާނަކަށް ނުވެއެވެ. (އެހެން ހެދުމުގެ އެއްވެސް حقّ އެއްނެތެވެ.) އަދި ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިއަޅަކު އެތައް ދަރަޖައަކަށް ތިމަންރަސްކަލާނގެ އުފުއްލަވަމުއެވެ. އަދި ކޮންމެ عالم އެއްގެމަތީ އެއަށްވުރެ މަތީ އެހެން عالم އަކުވެއެވެ. އަދި އެހުރިހާ عالم ންގެމައްޗަށް ﷲ މަތިވެރިވެވޮޑިގެންވެއެވެ.

Verse 77

۞ قَالُوٓا۟ إِن يَسْرِقْ فَقَدْ سَرَقَ أَخٌ لَّهُۥ مِن قَبْلُ ۚ فَأَسَرَّهَا يُوسُفُ فِى نَفْسِهِۦ وَلَمْ يُبْدِهَا لَهُمْ ۚ قَالَ أَنتُمْ شَرٌّ مَّكَانًا ۖ وَٱللَّهُ أَعْلَمُ بِمَا تَصِفُونَ

Transliteration qālū in yasriq faqad saraqa akhun lahu min qablu fa-asarrahā yūsufu fī nafsihi walam yub'dihā lahum qāla antum sharrun makānan wal-lahu aʿlamu bimā taṣifūna

Dhivehi يوسف ގެފާނު ގެ أخ ން ދެންނެވިއެވެ. "އޭނާ ވައްކަންކުރިޔަސް (އެއީ އަދި އާކަމެއްނޫނެވެ.) މީގެކުރިން އޭނާއަށްވާ އެހެން أخ އެއްވެސް ވައްކަންކުރިއެވެ." (އެމީހުންގެ އެބަހުން މުރާދުކުރަނީ يوسف عليه السّلامއެވެ.) ފަހެ يوسف عليه السّلام އެކަލޭގެފާނުންގެ نفس ފުޅުގައި އެމީހުންގެ އެ كلمة ވަންހަނާކުރެއްވިއެވެ. އަދި އެ كلمة އެމީހުންނަށް ފައުޅުނުކޮށް ދެއްވައެވެ. ވިދާޅުވިއެވެ. "މަކާނާއި ތަނުގެގޮތުން ކަލޭމެން ނުބައިވެގެންވެއެވެ. އަދި ކަލޭމެން ތިޔަ ސިފަކުރާ ކަންތައްތައް ﷲ ދެނެވޮޑިގަތުންބޮޑެވެ."

Verse 78

قَالُوا۟ يَـٰٓأَيُّهَا ٱلْعَزِيزُ إِنَّ لَهُۥٓ أَبًا شَيْخًا كَبِيرًا فَخُذْ أَحَدَنَا مَكَانَهُۥٓ ۖ إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ

Transliteration qālū yāayyuhā l-ʿazīzu inna lahu aban shaykhan kabīran fakhudh aḥadanā makānahu innā narāka mina l-muḥ'sinīna

Dhivehi يوسف ގެފާނު ގެ أخ ން ދެންނެވިއެވެ. "އޭ عزيز އެވެ. (عزّة ތެރިޔާއެވެ.) ހަމަކަށަވަރުން އޭނާއަށް عُمر ން ދުވަސްވި މުސްކުޅި ބައްޕަ އެއްވެއެވެ. (އެކުއްޖާޔާނުލައި އެބައްޕައަށް އުޅެން ވަރަށްދަތިވާނެއެވެ.) ފަހެ އެހެންވެ އޭނާގެ ބަދަލުގައި އަހުރެމެންގެތެރެއިން އެކަކު ބަހައްޓަވައިދެއްވާށެވެ! ހަމަކަށަވަރުން އަހުރެމެންދެކޭގޮތުގައި ކަލޭގެފާނުވަނީ إحسان ތެރިންގެ ތެރެއިންނެވެ."

Verse 79

قَالَ مَعَاذَ ٱللَّهِ أَن نَّأْخُذَ إِلَّا مَن وَجَدْنَا مَتَـٰعَنَا عِندَهُۥٓ إِنَّآ إِذًا لَّظَـٰلِمُونَ

Transliteration qāla maʿādha l-lahi an nakhudha illā man wajadnā matāʿanā ʿindahu innā idhan laẓālimūna

Dhivehi އެކަލޭގެފާނު يعني: يوسف عليه السّلام ވިދާޅުވިއެވެ. "އެމީހެއްގެއަތުން އަހުރެމެންގެ އެތި ފެނުނުމީހާ ނޫން އެހެންމީހަކު އަހުރެމެން ހިފުމާމެދު ﷲ ގެ حضرة ން ރައްކާތެރިކަމާއި ސަލާމަތްކަންއެދެމެވެ. އެބަހީ: އެހެން ހަދާކަށް ނުކުރޭނެއެވެ. އަދި އެހެން ހަދައިފިނަމަ ހަމަކަށަވަރުން އަހުރެމެންނަކީ ކަނޑައެޅިގެން އަނިޔާވެރިންނެވެ."

Verse 80

فَلَمَّا ٱسْتَيْـَٔسُوا۟ مِنْهُ خَلَصُوا۟ نَجِيًّا ۖ قَالَ كَبِيرُهُمْ أَلَمْ تَعْلَمُوٓا۟ أَنَّ أَبَاكُمْ قَدْ أَخَذَ عَلَيْكُم مَّوْثِقًا مِّنَ ٱللَّهِ وَمِن قَبْلُ مَا فَرَّطتُمْ فِى يُوسُفَ ۖ فَلَنْ أَبْرَحَ ٱلْأَرْضَ حَتَّىٰ يَأْذَنَ لِىٓ أَبِىٓ أَوْ يَحْكُمَ ٱللَّهُ لِى ۖ وَهُوَ خَيْرُ ٱلْحَـٰكِمِينَ

Transliteration falammā is'tayasū min'hu khalaṣū najiyyan qāla kabīruhum alam taʿlamū anna abākum qad akhadha ʿalaykum mawthiqan mina l-lahi wamin qablu mā farraṭtum fī yūsufa falan abraḥa l-arḍa ḥattā yadhana lī abī aw yaḥkuma l-lahu lī wahuwa khayru l-ḥākimīna

Dhivehi ދެން އެމީހުން (އެކަލޭގެފާނާ އެރޮނގުން ވާހަކަދައްކާ ގޮތެއް ނުފެނި) މާޔޫސްވީހިނދުން އެމީހުން އެކަނިއެކަނިން ސިއްރު ޖަލްސާކޮށްފިއެވެ. އެމީހުންގެ ބޮޑަށްހުރި މީހާ ބުންޏެވެ. (އެއީ رُوبيل ނުވަތަ شمعُون އެވެ.) "ކަލޭމެންގެ ބައްޕަ ހަމަކަށަވަރުން ﷲ ގެ حضرة ން عهد ކަށަވަރު ހިތްޕެވިކަން ނޭނގޭހެއްޔެވެ؟ (އެބަހީ: އެކަން އެނގޭނެއެވެ.) އެއީ އެ أخ ބައްޕަގެ އަރިހަށް އަނބުރާގެނައުމުގެ މައްޗަށާއި އަދި މީގެކުރީ يوسفއާއިމެދު ކަލޭމެން ހައްދުފަހަނަޅައިގަތުމުގެ ސަބަބުންނެވެ. ފަހެ އަހުރެންނަށް އަހުރެންގެ ބައްޕަ ދިއުމަށް އިޒުނަދޭންދެން ނުވަތަ ﷲ އަހުރެންނާމެދު حكم ކުރައްވަންދެން އަހުރެން މިބިމުން ވަކިނުވާނަމެވެ. އަދި އެކަލާނގެއީ އެންމެހެޔޮކޮށް حكم ކުރައްވާ ކަލާނގެއެވެ."

Verse 81

ٱرْجِعُوٓا۟ إِلَىٰٓ أَبِيكُمْ فَقُولُوا۟ يَـٰٓأَبَانَآ إِنَّ ٱبْنَكَ سَرَقَ وَمَا شَهِدْنَآ إِلَّا بِمَا عَلِمْنَا وَمَا كُنَّا لِلْغَيْبِ حَـٰفِظِينَ

Transliteration ir'jiʿū ilā abīkum faqūlū yāabānā inna ib'naka saraqa wamā shahid'nā illā bimā ʿalim'nā wamā kunnā lil'ghaybi ḥāfiẓīna

Dhivehi "ކަލޭމެން ކަލޭމެންގެ ބައްޕަގާތަށް އެނބުރިދާށެވެ! އަދި ކަލޭމެން ދަންނަވާ ށެވެ! އޭ އަހުރެމެންގެ ބައްޕާއެވެ! ހަމަކަށަވަރުން ބައްޕަގެ ދަރިކަލުން ވައްކަންކޮށްފިއެވެ. އަދި އަހުރެމެންނަށް އެނގިފައިވާ ކަމެއްގެމައްޗަށްމެނުވީ އަހުރެމެން ހެކިނުދެމެވެ. އަދި އަހުރެމެންނީ غيب އަށް ރައްކާތެރިވާބަޔަކީމެއް ނޫނެވެ. (އެބަހީ: އޭނާ ނިދާވަގުތު އޭނާ ރައްކާތެރިކުރާ ބަޔަކުކަމުގައި އަހުރެމެން ނުވަމުއެވެ. ނުވަތަ އޭނާ ވައްކަންކުރާނެކަމުގެ ކުޑަވެސް އެނގުމެއް އަހުރެމެންނަކަށް ނުވެއެވެ.) "

Verse 82

وَسْـَٔلِ ٱلْقَرْيَةَ ٱلَّتِى كُنَّا فِيهَا وَٱلْعِيرَ ٱلَّتِىٓ أَقْبَلْنَا فِيهَا ۖ وَإِنَّا لَصَـٰدِقُونَ

Transliteration wasali l-qaryata allatī kunnā fīhā wal-ʿīra allatī aqbalnā fīhā wa-innā laṣādiqūna

Dhivehi "އަދި ކަލޭގެފާނު އަހުރެމެން އުޅުނުރަށުގެމީހުންނާ ސުވާލުކުރައްވާށެވެ! އަދި އަހުރެމެން އައި ގާފިލާގެ މީހުންނާވެސް ސުވާލުކުރައްވާށެވެ! އަދި ހަމަކަށަވަރުން އަހުރެމެންނީ ތެދުވެރީންނީމުއެވެ. (މިއީދޮގެއްތޯ އެމީހުންކުރެން އައްސަވާށެވެ!) " • ދެން މިބައިމީހުން އައިސް ބައްޕާ އަރިހުގައި މިހުރިހާ ވާހަކައެއް ދެންނެވީއެވެ. އަދި އެވާހަކަތައް އައްސަވާފައި އެކަލޭގެފާނު ވިދާޅުވިއެވެ.

Verse 83

قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ عَسَى ٱللَّهُ أَن يَأْتِيَنِى بِهِمْ جَمِيعًا ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ

Transliteration qāla bal sawwalat lakum anfusukum amran faṣabrun jamīlun ʿasā l-lahu an yatiyanī bihim jamīʿan innahu huwa l-ʿalīmu l-ḥakīmu

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. "އަދި ކިއެއްހެއްޔެވެ؟ ކަލޭމެނަށް ކަލޭމެންގެ ނަފުސުތައް ކަމެއްކުރުމަށް ޒީނަތްތެރިކޮށްދިނީއެވެ. (އެއީ ކަލޭމެން ކުރުމަށް قصد ކޮށްފައިވާ ކަމެކެވެ.) ފަހެ ތިމަންކަލޭގެފާނުންގެ ކެތްތެރިކަމަކީ ރިވެތިވެގެންވާ ކެތްތެރިކަމެކެވެ. އަދި ﷲ އެހުރިހާ ކުދިން ތިމަންކަލޭގެފާނުންގެ އަރިހަށް ޖަމާކޮށްދެއްވުން أمّيد ކުރެވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ."

Verse 84

وَتَوَلَّىٰ عَنْهُمْ وَقَالَ يَـٰٓأَسَفَىٰ عَلَىٰ يُوسُفَ وَٱبْيَضَّتْ عَيْنَاهُ مِنَ ٱلْحُزْنِ فَهُوَ كَظِيمٌ

Transliteration watawallā ʿanhum waqāla yāasafā ʿalā yūsufa wa-ib'yaḍḍat ʿaynāhu mina l-ḥuz'ni fahuwa kaẓīmun

Dhivehi އަދި އެކަލޭގެފާނު އެބަހީ: يعقوب (عليه السّلام) އެމީހުނާ ދުރަށް އެނބުރިވަޑައިގެންފުރަގަސްދެއްވިއެވެ. އަދި ވިދާޅުވިއެވެ. "އޭ يوسف ގެމައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!" އަދި ހިތާމަފުޅުން (ކީރިތިކުރެއްވުމުގެ ސަބަބުން) އެކަލޭގެފާނުންގެ ދެލޯފުޅު މުޅިން ހުދުވެއްޖެއެވެ. ކަޅުކަޅިފުޅު މުޅިން ހުދުވެއްޖެއެވެ. އަދި އެކަލޭގެފާނުވަނީ ހިތާމަފުޅު ބޭރުނުކުރައްވައި އެތެރެއަށް ހިފަހައްޓަވައިގެންނެވެ. ނުވަތަ ހިތާމައިން ބަސްފުޅު ވިދާޅުނުވެވިގެން އެތެރެއަށް ހިފަހައްޓަވައިގެންނެވެ.

Verse 85

قَالُوا۟ تَٱللَّهِ تَفْتَؤُا۟ تَذْكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوْ تَكُونَ مِنَ ٱلْهَـٰلِكِينَ

Transliteration qālū tal-lahi tafta-u tadhkuru yūsufa ḥattā takūna ḥaraḍan aw takūna mina l-hālikīna

Dhivehi އެމީހުން ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. ކަލޭގެފާނު يوسف ގެ ހަނދާންކުރެއްވުން ދޫނުކުރައްވައެވެ. އެއީ ކަލޭގެފާނުންގެ ބުއްދިފުޅާއި ހަށިކޮޅު މުޅިން ފަސާދަ ވެއްޖައުމަށް ދާންދެނެވެ. ނުވަތަ ކަލޭގެފާނު އަވަހާރަ ވެއްޖައުމަށް ދާންދެނެވެ."

Verse 86

قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ

Transliteration qāla innamā ashkū bathī waḥuz'nī ilā l-lahi wa-aʿlamu mina l-lahi mā lā taʿlamūna

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު ގެ މޮޅިޔާއި ހިތާމައިގެ شكوى ވާކަންކަށަވަރީ ﷲ ގެ حضرة އަށް خاصّ ވެގެންނެވެ. އަދި ކަލޭމެންނަށް ނޭނގޭކަންތައްތައް ތިމަންކަލޭގެފާނަށް ﷲ ގެ حضرة ން އެނގުން ބޮޑުވެގެންވެއެވެ."

Verse 87

يَـٰبَنِىَّ ٱذْهَبُوا۟ فَتَحَسَّسُوا۟ مِن يُوسُفَ وَأَخِيهِ وَلَا تَا۟يْـَٔسُوا۟ مِن رَّوْحِ ٱللَّهِ ۖ إِنَّهُۥ لَا يَا۟يْـَٔسُ مِن رَّوْحِ ٱللَّهِ إِلَّا ٱلْقَوْمُ ٱلْكَـٰفِرُونَ

Transliteration yābaniyya idh'habū fataḥassasū min yūsufa wa-akhīhi walā tāy'asū min rawḥi l-lahi innahu lā yāy'asu min rawḥi l-lahi illā l-qawmu l-kāfirūna

Dhivehi "އޭ އަހުރެންގެ ދަރިންނޭވެ! ކަލޭމެން (ދަތުރުކޮށް) ދާށެވެ! އަދި يوسف އާއި އޭނާގެ أخ ގެ خبر އެއްވޭތޯ ލިސާނެއްވޭތޯ ހޯދާބަލާށެވެ! އަދި ﷲ ގެ رحمة އާއި نعمة ން أمّيد ނުކަނޑާށެވެ! އެހެނީ ހަމަކަށަވަރުން ކާފަރުވެގެންވާބަޔަކުމެނުވީ ﷲ ގެ رحمة ން أمّيد ނުކަނޑާނެއެވެ." • ދެން މިބައިމީހުން އަލުންވެސް ދަތުރުކޮށްފާގޮސް يوسف ގެފާނު ގެ އަރިހަށް ދިޔައީއެވެ. އެވާހަކަ • ދެން އަންނަ އާޔަތްތަކުގައި އެވަނީއެވެ.

Verse 88

فَلَمَّا دَخَلُوا۟ عَلَيْهِ قَالُوا۟ يَـٰٓأَيُّهَا ٱلْعَزِيزُ مَسَّنَا وَأَهْلَنَا ٱلضُّرُّ وَجِئْنَا بِبِضَـٰعَةٍ مُّزْجَىٰةٍ فَأَوْفِ لَنَا ٱلْكَيْلَ وَتَصَدَّقْ عَلَيْنَآ ۖ إِنَّ ٱللَّهَ يَجْزِى ٱلْمُتَصَدِّقِينَ

Transliteration falammā dakhalū ʿalayhi qālū yāayyuhā l-ʿazīzu massanā wa-ahlanā l-ḍuru waji'nā bibiḍāʿatin muz'jātin fa-awfi lanā l-kayla wataṣaddaq ʿalaynā inna l-laha yajzī l-mutaṣadiqīna

Dhivehi ދެންފަހެ އެމީހުން އެކަލޭގެފާނު ގެ އަރިހަށް - يعني: يوسف عليه السّلام ގެ އަރިހަށް - ވެދެވަޑައިގެންނެވިހިނދުން އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. "އޭ عزيز އެވެ. (عزّة ތެރިޔާއެވެ.) އަހުރެމެންނާ އަހުރެމެންގެ އަހުލުވެރިންނަށް ތަދުމަޑުކަމާއި ދަތިކަންޖެހިއްޖެއެވެ. އަދި އަހުރެމެން މިއައީ މަދުފައިސާކޮޅަކާއިގެންނެވެ. (ނުވަތަ ނުވިކޭ އިހުގެ دِرْهَم ކޮޅަކާއިގެންނެވެ.) އެހެންވެ ކަލޭގެފާނު އަހުރެމެންނަށް މިނުން ފުރިހަމަކޮށްދެއްވައި އަދި އަހުރެމެންނަށް صدقاة ވެސް ދެއްވާށެވެ! ހަމަކަށަވަރުންވެސް صدقاة ދޭމީހުންނަށް ﷲ تعالى ހެޔޮދަރުމަޔާއި ސަވާބު ދެއްވާހުއްޓެވެ."

Verse 89

قَالَ هَلْ عَلِمْتُم مَّا فَعَلْتُم بِيُوسُفَ وَأَخِيهِ إِذْ أَنتُمْ جَـٰهِلُونَ

Transliteration qāla hal ʿalim'tum mā faʿaltum biyūsufa wa-akhīhi idh antum jāhilūna

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އެބަހީ: يوسف عليه السّلام ވިދާޅުވިއެވެ. "يوسف އާއި އޭނާގެ أخ (بِنْيَامِين) އާ މެދު ކަލޭމެންނަށް ނޭނގިތިބެގެން جاهل ކަންމަތީ ތިބެގެން ކަލޭމެން ކަންތައްކުރިގޮތް ކަލޭމެން ދެނެތިބީމުހެއްޔެވެ؟"

Verse 90

قَالُوٓا۟ أَءِنَّكَ لَأَنتَ يُوسُفُ ۖ قَالَ أَنَا۠ يُوسُفُ وَهَـٰذَآ أَخِى ۖ قَدْ مَنَّ ٱللَّهُ عَلَيْنَآ ۖ إِنَّهُۥ مَن يَتَّقِ وَيَصْبِرْ فَإِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ

Transliteration qālū a-innaka la-anta yūsufu qāla anā yūsufu wahādhā akhī qad manna l-lahu ʿalaynā innahu man yattaqi wayaṣbir fa-inna l-laha lā yuḍīʿu ajra l-muḥ'sinīna

Dhivehi އެމީހުން ދެންނެވިއެވެ. "ކަލޭގެފާނު ތިޔައީ ކަނޑައެޅިގެން يوسف ހެއްޔެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެން މިއީ يوسف އެވެ. އަދި މިއިނީ އަހުރެންގެ أخ އެވެ. (بِنْيَامِين އެވެ.) ހަމަކަށަވަރުން ﷲ تعالى އަހުރެމެންގެމައްޗަށް އޯގާވަންތަވެވޮޑިގެންނެވީއެވެ. إحسان ވަންތަވެވޮޑިގެންނެވީއެވެ. ހަމަކަށަވަރުން އެމީހަކު تقوى ވެރިވެ އަދި ކެތްތެރިވެއްޖެ ކޮންމެމީހަކު ދަންނައެވެ! (އެމީހަކީ إحسان ތެރިއެކެވެ.) ހަމަކަށަވަރުން إحسان ތެރިންގެ ދަރުމަ ﷲ تعالى ގެއްލެނި ނުކުރައްވާހުއްޓެވެ."

Verse 91

قَالُوا۟ تَٱللَّهِ لَقَدْ ءَاثَرَكَ ٱللَّهُ عَلَيْنَا وَإِن كُنَّا لَخَـٰطِـِٔينَ

Transliteration qālū tal-lahi laqad ātharaka l-lahu ʿalaynā wa-in kunnā lakhāṭiīna

Dhivehi އެމީހުން ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. ހަމަކަށަވަރުން ﷲ تعالى އަހުރެމެންގެ މައްޗަށް ކަލޭގެފާނު މާތްކުރައްވާ މަތިވެރިކުރައްވައިފިއެވެ. އަދި ކަނޑައެޅިގެން ކުށްވެރިންކަމުގައިމެނުވީ އަހުރެމެން ނުވެއެވެ.

Verse 92

قَالَ لَا تَثْرِيبَ عَلَيْكُمُ ٱلْيَوْمَ ۖ يَغْفِرُ ٱللَّهُ لَكُمْ ۖ وَهُوَ أَرْحَمُ ٱلرَّٰحِمِينَ

Transliteration qāla lā tathrība ʿalaykumu l-yawma yaghfiru l-lahu lakum wahuwa arḥamu l-rāḥimīna

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. "ކަލޭމެންގެމައްޗަށް މިއަދު އެއްވެސް މަލާމާތެއް އަދި ދެކޮޅުވެރިކަމެއް ނެތެވެ. (އެހެނީ ކަލޭމެން ކުށަށް إعتراف ވެ معاف އަށް އެދެފީމެވެ.) ﷲ تعالى ކަލޭމެނަށް ފުއްސަވާށިއެވެ! އަދި އެކަލާނގެއީ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ."

Verse 93

ٱذْهَبُوا۟ بِقَمِيصِى هَـٰذَا فَأَلْقُوهُ عَلَىٰ وَجْهِ أَبِى يَأْتِ بَصِيرًا وَأْتُونِى بِأَهْلِكُمْ أَجْمَعِينَ

Transliteration idh'habū biqamīṣī hādhā fa-alqūhu ʿalā wajhi abī yati baṣīran watūnī bi-ahlikum ajmaʿīna

Dhivehi "އަހުރެންގެ މިގަމީސް ހިފައިގެން ކަލޭމެންދާށެވެ! އަދި އަހުރެންގެ ބައްޕަގެ މޫނުފުޅުމައްޗަށް ކަލޭމެން އެގަމީސް އެއްލާށެވެ! އޭރުން އެކަލޭގެފާނު ގެ ލޯފުޅަށް އަލިކަން އަތުވެދާނެއެވެ. އަދި ކަލޭމެންގެ أهل ވެރިންނާއިގެން އެންމެން އަހުރެންގެގާތަށް އަންނާށެވެ!"

Verse 94

وَلَمَّا فَصَلَتِ ٱلْعِيرُ قَالَ أَبُوهُمْ إِنِّى لَأَجِدُ رِيحَ يُوسُفَ ۖ لَوْلَآ أَن تُفَنِّدُونِ

Transliteration walammā faṣalati l-ʿīru qāla abūhum innī la-ajidu rīḥa yūsufa lawlā an tufannidūni

Dhivehi އަދި (يوسف عليه السّلام ގެ އެވާހަކަކޮޅަށްފަހު ހުރިހާ أخ ން ދަތުރުހަދައިގެން مصر ން ފުރީއެވެ.) އެ قافلة مصر ން، عزيز ގެ އަރިހުން ވަކިވިހިނދުން (شام ކަރައިގެ كَنْعَان ގައިވާ އެކަލޭގެފާނުންގެ ބައްޕާފުޅު يعقوب عليه السّلام އެކަލޭގެފާނުންގެ އަރިހުގައިވާ މީހުނަށް ވިދާޅުވިއެވެ.) "ހަމަކަށަވަރުން އަހުރެންނަށް يوسف ގެ ވަސް އެބައާދެއެވެ. ކަލޭމެން އަހުރެންނަށް މޮޔަކަމާއި މުސްކުޅިކަމާއި ދޮގުވެރިކަން ނިސްބަތް ނުކުރާނޭނަމައެވެ."

Verse 95

قَالُوا۟ تَٱللَّهِ إِنَّكَ لَفِى ضَلَـٰلِكَ ٱلْقَدِيمِ

Transliteration qālū tal-lahi innaka lafī ḍalālika l-qadīmi

Dhivehi އެމީހުން ދެންނެވިއެވެ. "ކަލޭގެފާނު ތިޔަވަނީ ހަމަކުރީގެ ދުވަސްވީ މަގުފުރެދުމުގައެވެ."

Verse 96

فَلَمَّآ أَن جَآءَ ٱلْبَشِيرُ أَلْقَىٰهُ عَلَىٰ وَجْهِهِۦ فَٱرْتَدَّ بَصِيرًا ۖ قَالَ أَلَمْ أَقُل لَّكُمْ إِنِّىٓ أَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ

Transliteration falammā an jāa l-bashīru alqāhu ʿalā wajhihi fa-ir'tadda baṣīran qāla alam aqul lakum innī aʿlamu mina l-lahi mā lā taʿlamūna

Dhivehi ދެންފަހެ އުފާވެރިކަމާއިގެން އައިމީހާ އައިހިނދުން (އެއީ يوسف عليه السّلام ގެ ގަމީސްކޮޅު ހިފައިގެން އައިމީހާއެވެ.) އެހިނދުން އެމީހާ އެ ގަމީސްކޮޅު އެކަލޭގެފާނުންގެ އެބަހީ: يعقوب عليه السّلام ގެ މޫނުފުޅުމައްޗަށް އެއްލެވިއެވެ. އަދި އެކަލޭގެފާނުގެ ލޯފުޅަށް އަލިކަން އަތުވެއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲ تعالى ގެ حضرة ން ކަލޭމެނަށް ނޭނގޭކަންތައް ތިމަންކަލޭގެފާނު ދެނެވަޑައިގެންވާވާހަކަ އަހުރެން ކަލޭމެނަށް ނުބުނަންހެއްޔެވެ؟ އެބަހީ: އެވާހަކަ ބުނީމެވެ."

Verse 97

قَالُوا۟ يَـٰٓأَبَانَا ٱسْتَغْفِرْ لَنَا ذُنُوبَنَآ إِنَّا كُنَّا خَـٰطِـِٔينَ

Transliteration qālū yāabānā is'taghfir lanā dhunūbanā innā kunnā khāṭiīna

Dhivehi އެމީހުން ދެންނެވިއެވެ. "އޭ އަހުރެމެންގެ ބައްޕާއެވެ. އަހުރެމެންގެ ފާފަތައް ފުއްސަވައިދެއްވުމަށް އަހުރެމެންނަށްޓަކައި دعاء ކޮށްދެއްވާށެވެ! ހަމަކަށަވަރުން އަހުރެމެން ކުށްވެރިންކަމުގައިވީމުއެވެ."

Verse 98

قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ

Transliteration qāla sawfa astaghfiru lakum rabbī innahu huwa l-ghafūru l-raḥīmu

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. "ކަލޭމެންގެ ފާފަފުއްސަވައިދެއްވާތޯ އަހުރެންގެ ربّ ގެ حضرة ގައި ނިކަންހުރެ އަހުރެން دعاء ކުރާހުށީމެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ." • ދަންނައެވެ! ދެން މިވާހަކައަށްފަހު އެ އެންމެން يوسف عليه السّلام ގެ އަރިހަށް مصر އަށް ދިއުމަށް ދަތުރުފެއްޓެވީއެވެ.

Verse 99

فَلَمَّا دَخَلُوا۟ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيْهِ أَبَوَيْهِ وَقَالَ ٱدْخُلُوا۟ مِصْرَ إِن شَآءَ ٱللَّهُ ءَامِنِينَ

Transliteration falammā dakhalū ʿalā yūsufa āwā ilayhi abawayhi waqāla ud'khulū miṣ'ra in shāa l-lahu āminīna

Dhivehi ދެންފަހެ އެއެންމެން (مصر އަށްވަޑައިގެން) يوسف عليه السّلام ގެ އަރިހަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނު އެބަހީ: يوسف عليه السّلام އެކަލޭގެފާނުގެ ބައްޕާފުޅާ މަންމާފުޅު އެކަލޭގެފާނުންގެ އަރިހަށް ގާތްކޮށްލައްވާ ބޮނޑިކޮށްލެއްވިއެވެ. އަދި ވިދާޅުވިއެވެ. "ﷲ އިރާދަކުރެއްވިއްޔާ އަމާންވެގެންވާ حال ތިޔަ އެންމެން مصر އަށް ވެދެވަޑައިގަންނަވާށެވެ."

Verse 100

وَرَفَعَ أَبَوَيْهِ عَلَى ٱلْعَرْشِ وَخَرُّوا۟ لَهُۥ سُجَّدًا ۖ وَقَالَ يَـٰٓأَبَتِ هَـٰذَا تَأْوِيلُ رُءْيَـٰىَ مِن قَبْلُ قَدْ جَعَلَهَا رَبِّى حَقًّا ۖ وَقَدْ أَحْسَنَ بِىٓ إِذْ أَخْرَجَنِى مِنَ ٱلسِّجْنِ وَجَآءَ بِكُم مِّنَ ٱلْبَدْوِ مِنۢ بَعْدِ أَن نَّزَغَ ٱلشَّيْطَـٰنُ بَيْنِى وَبَيْنَ إِخْوَتِىٓ ۚ إِنَّ رَبِّى لَطِيفٌ لِّمَا يَشَآءُ ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ

Transliteration warafaʿa abawayhi ʿalā l-ʿarshi wakharrū lahu sujjadan waqāla yāabati hādhā tawīlu ru'yāya min qablu qad jaʿalahā rabbī ḥaqqan waqad aḥsana bī idh akhrajanī mina l-sij'ni wajāa bikum mina l-badwi min baʿdi an nazagha l-shayṭānu baynī wabayna ikh'watī inna rabbī laṭīfun limā yashāu innahu huwa l-ʿalīmu l-ḥakīmu

Dhivehi އަދި އެކަލޭގެފާނުން ބައްޕާފުޅާއި މަންމާފުޅު އެކަލޭގެފާނުންގެ عرش އަށް -އެނދުދާންކޮޅަށް - އުފުއްލެވިއެވެ. އަދި އެކަލޭގެފާނަށް - يعني: يوسف عليه السّلام އަށް (سلام ކޮށް އަދަބުވެރިވުމުގެގޮތުން) އެއެންމެން سجدة އަށް ތިރިވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ އަހުރެންގެ ބައްޕާއެވެ! މީގެކުރިން އަހުރެންނަށް ފެނުނު ހުވަފެނުގެ تفسير އަކީ މިއީއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ އެހުވަފެން حقّ އެއްޗެއްކަމުގައި ލައްވައިފިއެވެ. (އެފެނުނުގޮތާއި އެއްގޮތަށް އެކަންލައްވައިފިއެވެ.) އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ ތިމަންކަލޭގެފާނަށް މާތްކޮށްހިތްތަވާ إحسان ވަންތަވެވޮޑިގެންނެވިއެވެ. އެއީ ތިމަންކަލޭގެފާނު ޖަލުން ނެރުއްވިހިނދުގައެވެ. އަދި ތިޔައެންމެން (شام ކަރައިގެ) بَادِيَة އިން މިތަނަށް ގެންނެވިއެވެ. އެއީ އަހުރެންނާއި އަހުރެންގެ أخ ންނާ ދެމެދު ސައިތާނު ފާސިދުކޮށް ނުބައިކުރުމަށްފަހުގައެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ އެއީ އެކަލާނގެ އެދިވޮޑިގަންނަވާ އިރާދަކުރައްވާ ކަންތަކަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ."

Verse 101

۞ رَبِّ قَدْ ءَاتَيْتَنِى مِنَ ٱلْمُلْكِ وَعَلَّمْتَنِى مِن تَأْوِيلِ ٱلْأَحَادِيثِ ۚ فَاطِرَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ أَنتَ وَلِىِّۦ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ تَوَفَّنِى مُسْلِمًا وَأَلْحِقْنِى بِٱلصَّـٰلِحِينَ

Transliteration rabbi qad ātaytanī mina l-mul'ki waʿallamtanī min tawīli l-aḥādīthi fāṭira l-samāwāti wal-arḍi anta waliyyī fī l-dun'yā wal-ākhirati tawaffanī mus'liman wa-alḥiq'nī bil-ṣāliḥīna

Dhivehi (يوسف عليه السّلام ދެންނެވިއެވެ.) "އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ މިއަޅާއަށް ވެރިކަމުގެތެރެއިން ދެއްވައިފީމުއެވެ. (އެބަހީ: مصر ގެ خزانة ތަކުގެ ވެރިކަން އެކަލޭގެފާނަށް ދެއްވިއެވެ.) އަދި ހުވަފެން تعبير ކޮށް تفسير ކުރުންވެސް އިބަރަސްކަލާނގެ މިއަޅާއަށް އުގަންނަވައިދެއްވައިފީމުއެވެ. އޭ ނެތުމުގެތެރެއިން އުޑުތަކާއި ބިން ހެއްދެވި ކަލާކޮ! އިބަރަސްކަލާނގެއީ ދުނިޔެއާއި آخرة ގައިވެސް ހަމަ މިއަޅާގެ وَلِىُّ އެވެ. ސަހަރޯވެރިޔާއެވެ. ފަހެ އިބަރަސްކަލާނގެއަށް ކިޔަމަންތެރިވެގެންވާ حال މިއަޅާ މަރުގަންނަވާދޭވެ! އަދި މާތްވެގެންވާ صالح ންގެތެރޭގައި މިއަޅާ ހިމަނުއްވާނދޭވެ! އެބަހީ: نبي ބޭކަލުންގެ ލިސްޓުގައި މިއަޅާވެސް ލައްވައި އެބޭކަލުންގެ ދަރަޖައާއި ثواب މިއަޅާއަށް ދެއްވާނދޭވެ!"

Verse 102

ذَٰلِكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهِ إِلَيْكَ ۖ وَمَا كُنتَ لَدَيْهِمْ إِذْ أَجْمَعُوٓا۟ أَمْرَهُمْ وَهُمْ يَمْكُرُونَ

Transliteration dhālika min anbāi l-ghaybi nūḥīhi ilayka wamā kunta ladayhim idh ajmaʿū amrahum wahum yamkurūna

Dhivehi (އޭ رسول ﷲ އެވެ!) އެއީ - އެބަހީ: މިސޫރަތުގައި މި بيان ވެގެންދިޔަ އެންމެހައި خبر ތަކާއި ވާހަކަތަކަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحي ގެ ذريعة އިން އިއްވަވާ غيب ގެ خبر ތަކެވެ. އަދި އެމީހުން يعني: يوسف ގެފާނުންގެ أخ ން އެކަލޭގެފާނުން ވަޅަށްލުމާ މެދު ނުބައިރޭވުންތައް ރާވާހަދަމުން ދިޔައިރު ކަލޭގެފާނު އެތާ ވަޑައިގެން ނުވަމުއެވެ.

Verse 103

وَمَآ أَكْثَرُ ٱلنَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ

Transliteration wamā aktharu l-nāsi walaw ḥaraṣta bimu'minīna

Dhivehi އޭ رسول ﷲ އެވެ! ކަލޭގެފާނު ކިތައްމެވަރަކަށް ދަހިވެތިވެވަޑައިގެންނެވިނަމަވެސް މީސްތަކުންކުރެ ގިނަމީހުން إيمان ނުވެއެވެ. ނުވާނެއެވެ.

Verse 104

وَمَا تَسْـَٔلُهُمْ عَلَيْهِ مِنْ أَجْرٍ ۚ إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ

Transliteration wamā tasaluhum ʿalayhi min ajrin in huwa illā dhik'run lil'ʿālamīna

Dhivehi އަދި އެކަމުގެމައްޗަށް - އެބަހީ: ކަލޭގެފާނު رسول ކަން އިއްވެވުމުގެމައްޗަށް - އެމީހުންގެކިބައިން އެއްވެސް އުޖޫރައަކަށް ޓެކްހަކަށް އެދިވަޑައިނުގަންނަވަމުއެވެ. އަދި އެއީ އެބަހީ: ކަލޭގެފާނުންގެ رسول ކަމުގެ تَبْلِيْغُ އަކީ ހަމަ عالم ތަކަށްވާ ذِكر އެއްކަމުގައި މެނުވީ ނުވެއެވެ. (وعظ އާއި نصيحة އާއި عبرة އެއްކަމުގައިމެނުވީ ނުވެއެވެ.)

Verse 105

وَكَأَيِّن مِّنْ ءَايَةٍ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ

Transliteration waka-ayyin min āyatin fī l-samāwāti wal-arḍi yamurrūna ʿalayhā wahum ʿanhā muʿ'riḍūna

Dhivehi އަދި އުޑުތަކާއި ބިމުގައި ކިތައްކިތައް عبرة އާއި حجّة ވޭހެއްޔެވެ؟ އެމީހުންގެ ކުރިމަތިން އެތަކެތި އެބަހީ: އެ عبرة އާއި އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ حجّة ތައް އަބަދާއި އަބަދު ވޭތިވަމުން ދެއެވެ. އެމީހުން އެވަނީ އެތަކެތީން غافل ވެގެންނެވެ.

Verse 106

وَمَا يُؤْمِنُ أَكْثَرُهُم بِٱللَّهِ إِلَّا وَهُم مُّشْرِكُونَ

Transliteration wamā yu'minu aktharuhum bil-lahi illā wahum mush'rikūna

Dhivehi އަދި މީސްތަކުންކުރެ ގިނަމީހުން ﷲ އަށް شرك ކުރާ حال ގައިމެނުވީ އީމާންވާކަމުގައި ނުވެއެވެ. (އެބަހީ: ﷲ އަށް އީމާންވެގެންވާ ގިނަމީހުންވެސް އެކިގޮތްގޮތުން ﷲ އަށް شرك ކުރެއެވެ. އަޅުކަމުގައްޔާއި حكم ގައްޔާއި ދެންވެސް އެހެނިހެން ކަންކަމުގައެވެ.)

Verse 107

أَفَأَمِنُوٓا۟ أَن تَأْتِيَهُمْ غَـٰشِيَةٌ مِّنْ عَذَابِ ٱللَّهِ أَوْ تَأْتِيَهُمُ ٱلسَّاعَةُ بَغْتَةً وَهُمْ لَا يَشْعُرُونَ

Transliteration afa-aminū an tatiyahum ghāshiyatun min ʿadhābi l-lahi aw tatiyahumu l-sāʿatu baghtatan wahum lā yashʿurūna

Dhivehi ﷲ އަށް إيمان ނުވާ މީސްތަކުން އެވަނީ އެމީހުންގެމައްޗަށް ﷲ ގެ حضرة ން عذاب އެއް އައިސް އޭގައި އެމީހުން ނިވައިވެގެން ނުދާނެކަމާ މެދު އަމާންވެގެންހެއްޔެވެ؟ ނުވަތަ އެމީހުންނަށް ކުޑަވެސް އެނގުމެއް އަދި إحساس އެއްވެސް ނެތި ހަމަކުއްލިއަކަށް އެމީހުންނަށް قيامة قائم ނުވާނެކަމަށް އަމާންވެގެންހެއްޔެވެ؟

Verse 108

قُلْ هَـٰذِهِۦ سَبِيلِىٓ أَدْعُوٓا۟ إِلَى ٱللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِى ۖ وَسُبْحَـٰنَ ٱللَّهِ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ

Transliteration qul hādhihi sabīlī adʿū ilā l-lahi ʿalā baṣīratin anā wamani ittabaʿanī wasub'ḥāna l-lahi wamā anā mina l-mush'rikīna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާ ތިމަންކަލޭގެފާނަށް تبع ވެގެންވާމީހުން ދެނެގަތުމާއި يقين ކަމާ އެކު އަދި حجّة އާއި دليل އާ އެކު ﷲ ގެ حضرة އަށް ގޮވާ دعوة ދީ ގޮވާލާ މަގަކީ އެއީ ތިމަންކަލޭގެފާނުގެ މަގެވެ. އަދި ﷲ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އަދި ތިމަންކަލޭގެފާނު مشرك ންގެތެރެއިން ނުވަމެވެ.

Verse 109

وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِم مِّنْ أَهْلِ ٱلْقُرَىٰٓ ۗ أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۗ وَلَدَارُ ٱلْـَٔاخِرَةِ خَيْرٌ لِّلَّذِينَ ٱتَّقَوْا۟ ۗ أَفَلَا تَعْقِلُونَ

Transliteration wamā arsalnā min qablika illā rijālan nūḥī ilayhim min ahli l-qurā afalam yasīrū fī l-arḍi fayanẓurū kayfa kāna ʿāqibatu alladhīna min qablihim waladāru l-ākhirati khayrun lilladhīna ittaqaw afalā taʿqilūna

Dhivehi އަދި ރަށްރަށުގެ أهل ވެރިންކުރެ ހަމަ ފިރިހެނުންމެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިންވެސް رسول ކަމާއިގެން ނުފޮނުއްވަމެވެ. (އަންހެނުންނެއްނޫނެވެ. އަދި މަލާއިކަތުންނެއްވެސް ނޫނެވެ. طبري) އެބޭކަލުންނަށް އެބަހީ: އެފިރިހެނުންނަށް ތިމަންރަސްކަލާނގެ وحي ބާވައިލައްވަމެވެ. އެމީހުން يعني: مكّة ގެ مشرك ން ފަހެ ބިމުގައި ދަތުރުފަތުރުކޮށް ހިނގާބިނގާވެ ނުހަދަނީބާވައެވެ؟ އަދި އެމީހުންގެ ކުރިން އިސްވެދިޔަ (އެބާވަތުގެ مشرك ންނާމެދު) ކަންތައްވެނިމިގެން ދިޔައީ ކޮންފަދައަކުންކަން ނިކަން އެމީހުން ދެކިބަލާށެވެ! عبرة حاصل ކޮށްބަލާށެވެ! އަދި تقوى ވެރިވެއްޖެބަޔަކަށް آخرة ގެގޮވަތި މާހެޔޮވެގެންވެއެވެ. ކަލޭމެން ފަހެ ވިސްނާ فكر ނުކުރާނޭހެއްޔެވެ؟

Verse 110

حَتَّىٰٓ إِذَا ٱسْتَيْـَٔسَ ٱلرُّسُلُ وَظَنُّوٓا۟ أَنَّهُمْ قَدْ كُذِبُوا۟ جَآءَهُمْ نَصْرُنَا فَنُجِّىَ مَن نَّشَآءُ ۖ وَلَا يُرَدُّ بَأْسُنَا عَنِ ٱلْقَوْمِ ٱلْمُجْرِمِينَ

Transliteration ḥattā idhā is'tayasa l-rusulu waẓannū annahum qad kudhibū jāahum naṣrunā fanujjiya man nashāu walā yuraddu basunā ʿani l-qawmi l-muj'rimīna

Dhivehi رسول ބޭކަލުން މާޔޫސްވެއްޖައުމަށްދާންދެން (އެބަހީ: އެބޭކަލުންގެ ގޮވާލެއްވުމަށް އެ أمّة ތަކުގެމީހުން ރައްދުކޮށް ދޮގުކޮށް އުނދަގޫކޮށްހެދީ رسول ބޭކަލުން މާޔޫސްވެއްޖައުމަށްދާންދެނެވެ.) އަދި ތިމަންބޭކަލުން ދޮގުކުރެވިއްޖެކަމުގައި އެބޭކަލުން ހީފުޅުކުރެއްވިއެވެ. (އެހިސާބަށް ދިއުމުން) ތިމަންރަސްކަލާނގެ نصر އެބޭކަލުންނަށް އައެވެ. އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ ބަޔަކު ސަލާމަތްކުރެވުނެވެ. (އެހެނިހެން މީސްތަކުން ހަލާކުވެދިޔައީއެވެ.) އަދި ތިމަންރަސްކަލާނގެ ކޯފާއާއި عقوبة ނުބައި ނުލަފާބަޔަކަށް ނުޖެހި އަނބުރާ ރައްދުނުވާނެއެވެ. ނުޖެހިނުދާނެއެވެ.

Verse 111

لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌ لِّأُو۟لِى ٱلْأَلْبَـٰبِ ۗ مَا كَانَ حَدِيثًا يُفْتَرَىٰ وَلَـٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَىْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ

Transliteration laqad kāna fī qaṣaṣihim ʿib'ratun li-ulī l-albābi mā kāna ḥadīthan yuf'tarā walākin taṣdīqa alladhī bayna yadayhi watafṣīla kulli shayin wahudan waraḥmatan liqawmin yu'minūna

Dhivehi ހަމަކަށަވަރުން އެމީހުންގެ ވާހަކަތަކުގައި (އެބަހީ: يوسف عليه السّلام އާއި އެކަލޭގެފާނުންގެ أخ ންނާއި އަދި އެމީހުންގެ ބައްޕާފުޅާ ދެމެދު ހިނގި ކަންކަމުގައި) ބުއްދިވެރިންނަށްވާ ބޮޑު عبرة ވާކަން ކަށަވަރެވެ. އަދި އެއީ ދޮގުވެވޭނޭ ވާހަކައެއްކަމުގައި ނުވެއެވެ. އަދި އެހެނެއްކަމަކު އެއީ (قرآن އެވެ.) އެއީ އޭގެކުރީގައިވާ ފޮތްތަކަށްވާ ތެދުކުރުމެކެވެ. އަދި އެއީ ހުރިހާ އެއްޗެއް تفصيل ކޮށް بيان ކޮށްދެއްވާ ފޮތެކެވެ. އަދި އެއީ ތެދުކޮށް إيمان ވާބަޔަކަށްވާ ތެދުމަގާއި رحمة އެވެ. وبﷲ التوفيق.

Read Surah Yusuf in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.