MyDugsiStart learning

Surah Yunus in Dhivehi: translation and audio

Surah 10 · يونس · Jonah · 109 verses

Surah Yunus verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Yunus word by word in English.

Verse 1

الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْحَكِيمِ

Transliteration alif-lam-ra til'ka āyātu l-kitābi l-ḥakīmi

Dhivehi الر މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. މިއީ حكم ގަދަވެގެންވާ ފޮތުގެ އާޔަތްތަކެވެ. އެބަހީ: ކީރިތި قرآن ގެ އާޔަތްތަކެވެ.

Verse 2

أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَآ إِلَىٰ رَجُلٍ مِّنْهُمْ أَنْ أَنذِرِ ٱلنَّاسَ وَبَشِّرِ ٱلَّذِينَ ءَامَنُوٓا۟ أَنَّ لَهُمْ قَدَمَ صِدْقٍ عِندَ رَبِّهِمْ ۗ قَالَ ٱلْكَـٰفِرُونَ إِنَّ هَـٰذَا لَسَـٰحِرٌ مُّبِينٌ

Transliteration akāna lilnnāsi ʿajaban an awḥaynā ilā rajulin min'hum an andhiri l-nāsa wabashiri alladhīna āmanū anna lahum qadama ṣid'qin ʿinda rabbihim qāla l-kāfirūna inna hādhā lasāḥirun mubīnun

Dhivehi އެމީހުންގެތެރެއިން އެބަހީ: مكّة ގެ قريش ންގެ ތެރެއިން ފިރިހެނަކަށް ތިމަންރަސްކަލާނގެ وحي ބާވައިލެއްވީމާ އެކަން މީސްތަކުންނަށް عجائب އަކަށްވަނީހެއްޔެވެ؟ އެއީ އެބޭކަލަކު މީސްތަކުންނަށް ނަރަކައިގެ ވާހަކައިން ބިރުގަންނަވާ أنذار ކުރެއްވުމަށެވެ. އަދި مؤمن ންނަށް އެމީހުންގެ رَبّ ގެ حضرة ގައި ރަނގަޅު ދަރުމަޔާއި ثواب ހުރިކަމުގެ ނުވަތަ ތެދުވެރި މަތިވެރި ދަރަޖަ ހުރިކަމުގެ އުފާވެރި خبر ދެއްވުމަށެވެ. (އެއީ އެފަދަ عمل އެމީހުންކޮށްފައިވާތީއެވެ. ދެންފަހެ އެކަލޭގެފާނު އެފަދައިން رسول ކަން އިއްވެވުމުން) ކާފަރުންގެ މީހުން ބުނީ ހަމަކަށަވަރުން މިއީ ކަނޑައެޅި بيان ވެގެންވާ سِحر ވެރިއެކެވެ.

Verse 3

إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ يُدَبِّرُ ٱلْأَمْرَ ۖ مَا مِن شَفِيعٍ إِلَّا مِنۢ بَعْدِ إِذْنِهِۦ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ فَٱعْبُدُوهُ ۚ أَفَلَا تَذَكَّرُونَ

Transliteration inna rabbakumu l-lahu alladhī khalaqa l-samāwāti wal-arḍa fī sittati ayyāmin thumma is'tawā ʿalā l-ʿarshi yudabbiru l-amra mā min shafīʿin illā min baʿdi idh'nihi dhālikumu l-lahu rabbukum fa-uʿ'budūhu afalā tadhakkarūna

Dhivehi ހަމަކަށަވަރުން ކަލޭމެންގެ رَبّ އަކީ ﷲ އެވެ. އެކަލާނގެއީ ހަދުވަހެއްގެތެރޭގައި އުޑުތަކާއި ބިންހެއްދެވި ކަލާނގެއެވެ. ދެން عرش އަށް އެކަލާނގެ إِسْتِوَاى ވެވޮޑިގެންނެވިއެވެ. އެކަލާނގެ ކަންތައްތައް تدبير ކުރައްވައެވެ. (ކަންތައްތައް ނިޔާކުރައްވައެވެ. ހިންގަވައެވެ.) އެކަލާނގެ حضرة ގައި އެކަލާނގެ އިޒުނަ ދެއްވުމަށްފަހުގައިމެނުވީ އެއްވެސް މީހަކަށް شفاعة އެއްވާނޭ ހަމައެކަކުވެސް ނުވެއެވެ. (އޭ މީސްތަކުންނޭވެ!) އެއީ ﷲ އެވެ. އެއީ ކަލޭމެންގެ رَبّ އެވެ. އެހެންވެ ކަލޭމެން އެކަލާނގެއަށް އަޅުކަންކުރާށެވެ! އަޅެފަހެ ކަލޭމެން عبرة حاصل ކޮށް نصيحة އާއި وعظ ލިބިނުގަންނާނޭހެއްޔެވެ؟

Verse 4

إِلَيْهِ مَرْجِعُكُمْ جَمِيعًا ۖ وَعْدَ ٱللَّهِ حَقًّا ۚ إِنَّهُۥ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ لِيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ بِٱلْقِسْطِ ۚ وَٱلَّذِينَ كَفَرُوا۟ لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْفُرُونَ

Transliteration ilayhi marjiʿukum jamīʿan waʿda l-lahi ḥaqqan innahu yabda-u l-khalqa thumma yuʿīduhu liyajziya alladhīna āmanū waʿamilū l-ṣāliḥāti bil-qis'ṭi wa-alladhīna kafarū lahum sharābun min ḥamīmin waʿadhābun alīmun bimā kānū yakfurūna

Dhivehi ކަލޭމެން އެންމެން (މަރުވުމަށްފަހު އަލުން ދިރިގެން) އެނބުރި رُجُوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. އެއީ ﷲ وعد ކުރައްވާފައިވާ حقّ وعد ފުޅެކެވެ. (މަރުވުމަށްފަހު އަލުން ދިރުއްވައި حِسَاب ބައްލަވާ جزاء ދެއްވުމަށް محشر ކުރެއްވުމަކީ އެކަލާނގެ ކުރައްވާފައިވާ حقّ وعد ފުޅެކެވެ. ހަމަކަށަވަރުން އަލަށް ފައްޓަވައިގެން خَلْقُ ތަކުން ހެއްދެވީ އެކަލާނގެއެވެ. ދެން މަރުވުމަށްފަހު، އެކަލާނގެ އެހެއްދެވުން إعاد ކުރައްވާނެއެވެ. އަލުން ދިރުއްވާނެއެވެ. އެއީ إيمان ވެގެން صالح عمل ކުރި މީސްތަކުންނަށް عدل ވެރި ޖަޒާދެއްވުމަށެވެ. އަދި ކާފަރުވީ މީސްތަކުން ދަންނައެވެ! އެމީހުންނަށް އެދުވަހުން ހުންނަހުރީ ހޫނުކަން އެންމެމަތީ ދަރަޖައަށް އަރާފައިވާ ގަދަހޫނު ފެނުގެ ބުއިމާއި އަދި ގަދަވެގެންވާ ވޭންދެނިވި عذاب އެވެ. އެއީ އެމީހުން ކާފަރުވީކަމުގެ ސަބަބުންނެވެ.

Verse 5

هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُورًا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّ ۚ يُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْلَمُونَ

Transliteration huwa alladhī jaʿala l-shamsa ḍiyāan wal-qamara nūran waqaddarahu manāzila litaʿlamū ʿadada l-sinīna wal-ḥisāba mā khalaqa l-lahu dhālika illā bil-ḥaqi yufaṣṣilu l-āyāti liqawmin yaʿlamūna

Dhivehi އެކަލާނގެއީ އަލިކަންފޮނުވާ އަލިކޮށްދޭ އެއްޗެއްކަމުގައި އިރުހައްދަވައި އަދި ހަނދު އެއީ نُور އެއް ކަމުގައި ލެއްވި ކަލާނގެއެވެ. އަދި އަހަރުތަކުގެ عدد ދެނެގަތުމަށާއި އަދި ކަލޭމެން ހިސާބު ދެނެގަތުމަށްޓަކައި ހަނދު އެކިއެކި މަންޒިލްތަކުގައި يعني: ދަރަޖަތަކުގައި قَرَارُ ކުރައްވައި މިންވަރުކުރެއްވި ކަލާނގެއެވެ. ﷲ تعالى އެތަކެތި حقّ ގޮތުގައި މެނުވީ ނުހައްދަވައެވެ. އަދި ތަންދޮރު ދަންނަ މީސްތަކުންނަށްޓަކައި އެކަލާނގެ آية ތައް تفصيل ކުރައްވައި بيان ކޮށްދެއްވައެވެ. (ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަން ދަންނަ އެކަމަށް ވިސްނާ އެކަން ދަންނަ މީސްތަކުންނަށް އެކަލާނގެ آية ތަކާއި حُجَّة ތައް تفصيل ކޮށްދެއްވައެވެ. އެއީ نَقْلِى ދަލީލާއި عَقْلِى ދަލީލެވެ.

Verse 6

إِنَّ فِى ٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَمَا خَلَقَ ٱللَّهُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَـَٔايَـٰتٍ لِّقَوْمٍ يَتَّقُونَ

Transliteration inna fī ikh'tilāfi al-layli wal-nahāri wamā khalaqa l-lahu fī l-samāwāti wal-arḍi laāyātin liqawmin yattaqūna

Dhivehi ރޭގަނޑާއި ދުވާލު އެކައްޗަށްފަހު އަނެކަތި އަންނާނެގޮތަށް ރޭދުވާ ތަފާތުކުރެއްވުމުގައްޔާއި އަދި އުޑުތަކާއި ބިމުގައި ﷲ ހައްދަވާފައިވާ مَخْلُوق ތަކުގައި ﷲ އަށް ބިރުވެތިވެ تقوى ވެރިވާ ބަޔަކަށް (އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ މައްޗަށް) ދަލީލުކުރާ دليل އާއި ححّة އާއި ހެކިވާކަން ކަށަވަރެވެ.

Verse 7

إِنَّ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا وَرَضُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَٱطْمَأَنُّوا۟ بِهَا وَٱلَّذِينَ هُمْ عَنْ ءَايَـٰتِنَا غَـٰفِلُونَ

Transliteration inna alladhīna lā yarjūna liqāanā waraḍū bil-ḥayati l-dun'yā wa-iṭ'ma-annū bihā wa-alladhīna hum ʿan āyātinā ghāfilūna

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެއާއި ބައްދަލުވުމަށް ބިރުވެތި ނުވާމީހާ (ނުވަތަ އެކަމަށް ނޭދޭމީހާ، (އަދި آخرة ގެ حياة ގެ ބަދަލުގައި) ދުނިޔޭގެ حياة އަށް ރުހި އަދި އެތަނާއިމެދު ހިތްހަމަޖެހި އަދި އެމީހުން ތިމަންރަސްކަލާނގެ އާޔަތްތަކަށް غافل ވެއްޖެމީހުން ދަންނައެވެ!

Verse 8

أُو۟لَـٰٓئِكَ مَأْوَىٰهُمُ ٱلنَّارُ بِمَا كَانُوا۟ يَكْسِبُونَ

Transliteration ulāika mawāhumu l-nāru bimā kānū yaksibūna

Dhivehi އެމީހުންގެ ޖާގަޔަކީ، قيامة ދުވަހުން ނަރަކައެވެ. އެއީ އެމީހުންގެ ތަނެވެ. އެއީ އެމީހުން ހޯދައިގަތް ތަކެތީގެ ސަބަބުންނެވެ. ކުރި ފާފައިގެ ސަބަބުންނެވެ.

Verse 9

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ يَهْدِيهِمْ رَبُّهُم بِإِيمَـٰنِهِمْ ۖ تَجْرِى مِن تَحْتِهِمُ ٱلْأَنْهَـٰرُ فِى جَنَّـٰتِ ٱلنَّعِيمِ

Transliteration inna alladhīna āmanū waʿamilū l-ṣāliḥāti yahdīhim rabbuhum biīmānihim tajrī min taḥtihimu l-anhāru fī jannāti l-naʿīmi

Dhivehi ހަމަކަށަވަރުން އީމާންވެގެންވާ صالح عمل ކުރިމީހުން ދަންނައެވެ! އެމީހުންގެ رَبُّ އެމީހުންނަށް ސުވަރުގެއަށް މަގުދައްކަވާނެއެވެ. އެއީ އެމީހުންގެ إيمان ކަމުގެ ސަބަބުންނެވެ. އެސުވަރުގެއަކީ އެތާނގެ أهل ވެރިންގެދަށުން އާރުތައް ދެމޭ ތަނެކެވެ. (އެބަހީ: އެއާރުތައް އެމީހުންގެ އަތްފޯރާފަށުގައި އެމީހުންނަށް ފަސޭހަވާނޭގޮތަށް ދެމޭ އާރުތަކެކެވެ.) އެއީ نعمة ތަކުގެ ވެރި ސުވަރުގެއެވެ.

Verse 10

دَعْوَىٰهُمْ فِيهَا سُبْحَـٰنَكَ ٱللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَـٰمٌ ۚ وَءَاخِرُ دَعْوَىٰهُمْ أَنِ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ

Transliteration daʿwāhum fīhā sub'ḥānaka l-lahuma wataḥiyyatuhum fīhā salāmun waākhiru daʿwāhum ani l-ḥamdu lillahi rabbi l-ʿālamīna

Dhivehi އެތާނގައި އެމީހުންގެ دعاء އަކީ نِداء އަކީ " سُبْحَانَكَ اللَّهُمَّ " މިއެވެ. (މިބަސްފުޅުގެ މާނައީ، އޭ މާތްވެގެންވާ ﷲ އެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. މިއެވެ.) އަދި އެތާނގައި އެމީހުންގެ تَحِيَّة އަކީ سَلام އެވެ. (އެއީ އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ކުރާ ސަލާމެވެ. ނުވަތަ ملائكة ން ވަޑައިގެންކުރައްވާ سلام އެވެ. އަދި އެމީހުންގެ އެންމެފަހުގެ دعاء އަކީ އަދި نداء އަކީ " الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ " އެވެ. (މާނައީ، އެންމެހައި حمد އާއި تعريف އާއި ثناء އެއް خاصّ ވެގެންވަނީ عالم ތައް ހައްދަވާ އެތަންތަން ބަލަހައްޓަވާ އެތަންތަން تربيّة ކުރައްވާ އެތަންތާގެވެރި رَبّ އަށެވެ. މިއެވެ.)

Verse 11

۞ وَلَوْ يُعَجِّلُ ٱللَّهُ لِلنَّاسِ ٱلشَّرَّ ٱسْتِعْجَالَهُم بِٱلْخَيْرِ لَقُضِىَ إِلَيْهِمْ أَجَلُهُمْ ۖ فَنَذَرُ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا فِى طُغْيَـٰنِهِمْ يَعْمَهُونَ

Transliteration walaw yuʿajjilu l-lahu lilnnāsi l-shara is'tiʿ'jālahum bil-khayri laquḍiya ilayhim ajaluhum fanadharu alladhīna lā yarjūna liqāanā fī ṭugh'yānihim yaʿmahūna

Dhivehi އަދި ﷲ تعالى މީސްތަކުންނަށް ނުބައިގޮތް އަވަސްކުރައްވަންޏާ އެމީހުންނަށް ރަނގަޅުގޮތް އަވަސްކުރައްވައެވެ. (އެބަހީ: ބަޔަކުމީހުން ހަލާކު ކުރެއްވުމަށް އިރާދަކުރައްވަންޏާ އެބަޔަކަށް ރަނގަޅު ފަސޭހަގޮތްތައް އަވަސްކުރައްވައެވެ.) ދެން އެމީހުންނަށް އެމީހުންގެ أَجَلُ يعني: މަރު ނިޔާކުރައްވައެވެ. އަދި ތިމަންރަސްކަލާނގެއާއި ބައްދަލުވުމަށް ބިރުވެތި ނުވާމީހުން އެމީހުންގެ ނުކިޔަމަންތެރިކަމާއި މަގުފުރެދުމުގެތެރޭގައި ދެފުށުއެޅިއެޅި ތިބުމަށް ތިމަންރަސްކަލާނގެ ދޫކޮށްލަމެވެ.

Verse 12

وَإِذَا مَسَّ ٱلْإِنسَـٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوْ قَاعِدًا أَوْ قَآئِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُۥ مَرَّ كَأَن لَّمْ يَدْعُنَآ إِلَىٰ ضُرٍّ مَّسَّهُۥ ۚ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا۟ يَعْمَلُونَ

Transliteration wa-idhā massa l-insāna l-ḍuru daʿānā lijanbihi aw qāʿidan aw qāiman falammā kashafnā ʿanhu ḍurrahu marra ka-an lam yadʿunā ilā ḍurrin massahu kadhālika zuyyina lil'mus'rifīna mā kānū yaʿmalūna

Dhivehi އަދި އިންސާނާއަށް އުނދަގުލެއް ދަތިކަމެއް ޖެހިޖެއްޔާ އޭނާ އަރިޔަށް އޮވެގެން ނުވަތަ އިށީނދެ އިނދެގެން ނުވަތަ ކޮޅަށްހުރެގެން އޭނާ ތިމަންރަސްކަލާނގެއަށް دعاء ކޮށް ދަންނަވައެވެ. ދެންފަހެ ތިމަންރަސްކަލާނގެ އޭނާގެ ކިބައިން އޭނާގެ އުނދަގޫ ފިއްލަވާ ދުރުކޮށްދެއްވައިފިއްޔާ އޭނާ ކުރީވެސް އެހުރި ނުބައިކަންމަތީ (ކާފަރުކަންމަތީ) ދެމިހުރެއެވެ. އަދި އޭނާ ކޮންފަދަހެއްޔެވެ؟ އޭނަޔަށް ދައްޗެއް އުނދަގުލެއް ޖެހިގެން ތިމަންރަސްކަލާނގެއަށް دعاء ކޮށް ނުދަންނަވާކަހަލައެވެ. އެފަދައިން (އެބަހީ: މިނުކިޔަމަންތެރި އިންސާނާ ނުކިޔަމަންތެރިކަންމަތީ ދެމިހުންނަފަދައިން) ދޮގުހެދުމުގައި إسْراف ކޮށް نبي ންނަށް تبع ނުވި މީސްތަކުންނަށް އެމީހުންކުރާކަމުގައިވި ކަންތައްތައް ޒީނަތްތެރިކުރެވުނެވެ.

Verse 13

وَلَقَدْ أَهْلَكْنَا ٱلْقُرُونَ مِن قَبْلِكُمْ لَمَّا ظَلَمُوا۟ ۙ وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ وَمَا كَانُوا۟ لِيُؤْمِنُوا۟ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ

Transliteration walaqad ahlaknā l-qurūna min qablikum lammā ẓalamū wajāathum rusuluhum bil-bayināti wamā kānū liyu'minū kadhālika najzī l-qawma l-muj'rimīna

Dhivehi (އޭ قريش ންނޭވެ!) ކަލޭމެންގެ ކުރީގެ أمّة ތައްވެސް އެމީހުން شرك ކޮށް ﷲ ގެ أمر އާއި خلاف ވެ އަނިޔާވެރިވީހިނދުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. އެމީހުންގެ ގާތަށް ބަޔާންވެގެންވާ حجّة އާއި دليل އާއިގެން އެމީހުން رسول ން ވަޑައިގެންނެވިއެވެ. އެމީހުން އީމާންވީބަޔަކު ކަމުގައި ނުވިއެވެ. އެހެންވެ ތިމަންރަސްކަލާނގެ އެމީހުން ހަލާކު ކުރެއްވީއެވެ. (އޭ قريش ންނޭވެ! ކަލޭމެންނަށްވެސް ބަސްނުއެހިއްޔާވާނީ ހަމަ އެހެންނެވެ.) ނުބައިނުލަފާ މީހުންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

Verse 14

ثُمَّ جَعَلْنَـٰكُمْ خَلَـٰٓئِفَ فِى ٱلْأَرْضِ مِنۢ بَعْدِهِمْ لِنَنظُرَ كَيْفَ تَعْمَلُونَ

Transliteration thumma jaʿalnākum khalāifa fī l-arḍi min baʿdihim linanẓura kayfa taʿmalūna

Dhivehi ދެން އެމީހުންނަށްފަހު ތިމަންރަސްކަލާނގެ ކަލޭމެން (قريش ން) ތިމަންރަސްކަލާނގެ ބިމުގައި خليفة ވެރިކުރެއްވީމުއެވެ. އެއީ ކަލޭމެން ކަންތައްކުރާގޮތް ތިމަންރަސްކަލާނގެ ދެކެވޮޑިގެންވާކަން ފާޅުކުރައްވާ ދެއްކެވުމަށެވެ.

Verse 15

وَإِذَا تُتْلَىٰ عَلَيْهِمْ ءَايَاتُنَا بَيِّنَـٰتٍ ۙ قَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا ٱئْتِ بِقُرْءَانٍ غَيْرِ هَـٰذَآ أَوْ بَدِّلْهُ ۚ قُلْ مَا يَكُونُ لِىٓ أَنْ أُبَدِّلَهُۥ مِن تِلْقَآئِ نَفْسِىٓ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۖ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ

Transliteration wa-idhā tut'lā ʿalayhim āyātunā bayyinātin qāla alladhīna lā yarjūna liqāanā i'ti biqur'ānin ghayri hādhā aw baddil'hu qul mā yakūnu lī an ubaddilahu min til'qāi nafsī in attabiʿu illā mā yūḥā ilayya innī akhāfu in ʿaṣaytu rabbī ʿadhāba yawmin ʿaẓīmin

Dhivehi އަދި އެމީހުންގެ މައްޗަށް بيان ވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ ތިމަންރަސްކަލާނގެއާއި ބައްދަލުވުމަށް ބިރުވެތިނުވާމީހުން (ނުވަތަ ތިމަންރަސްކަލާނގެ عذاب އަށް ބިރުވެތި ނުވާމީހުން) ބުނާނެއެވެ. މި قرآن ނޫން އެހެން قرآن އެއް ގެނަސްދޭށެވެ! ނުވަތަ އެ قرآن ބަދަލުކޮށްދޭށެވެ! (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ބަދަލުކުރުމީ އެއްގޮތަކަށް ތިމަންކަލޭގެފާނަށް އޮތްކަމެއްނޫނެވެ. (ނުވަތަ ކުޅަދާނަކަމެއްނޫނެވެ. / ހުއްދަކަމެއްނޫނެވެ.) ތިމަންކަލޭގެފާނަށް ބާވައިލެއްވޭ وحي އަށް މެނުވީ ތިމަންކަލޭގެފާނު تبع ވާކަމުގައި ނުވެއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އަށް ތިމަންކަލޭގެފާނު އުރެދިއްޖެއްޔާ ބޮޑުވެގެންވާދުވަހެއްގެ (قيامة ދުވަހުގެ) عذاب އަށް ބިރުފުޅުގެންވަޑައިގަންނަވަމެވެ.

Verse 16

قُل لَّوْ شَآءَ ٱللَّهُ مَا تَلَوْتُهُۥ عَلَيْكُمْ وَلَآ أَدْرَىٰكُم بِهِۦ ۖ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِّن قَبْلِهِۦٓ ۚ أَفَلَا تَعْقِلُونَ

Transliteration qul law shāa l-lahu mā talawtuhu ʿalaykum walā adrākum bihi faqad labith'tu fīkum ʿumuran min qablihi afalā taʿqilūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވިނަމަ ތިމަންކަލޭގެފާނުން ކަލޭމެންގެމައްޗަށް އެ قرآن ނުކިޔެވީމުހެވެ. އަދި ކަލޭމެނަށް އެ قرآن އުގަންނައިވެސް ނުދިނީހެވެ. އަދި އެ قرآن ކިޔެވުމުގެކުރިން ކަލޭމެންގެތެރޭގައި عُمُر ގެ ދުވަސްތަކެއްގައި (ސާޅީސްއަހަރު) ހުރީމެވެ. ކަލޭމެން ފަހެ އެއްޗެއް ނުވިސްނަމުހެއްޔެވެ؟

Verse 17

فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَـٰتِهِۦٓ ۚ إِنَّهُۥ لَا يُفْلِحُ ٱلْمُجْرِمُونَ

Transliteration faman aẓlamu mimmani if'tarā ʿalā l-lahi kadhiban aw kadhaba biāyātihi innahu lā yuf'liḥu l-muj'rimūna

Dhivehi ފަހެ ﷲ ގެ މައްޗަށް ބޮޑުދޮގެއް އުފައްދައިގަތްމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ ނުވަތަ އެކަލާނގެ آية ތައް ދޮގުކުރިމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކު ނުހުންނާނެއެވެ.) ހަމަކަށަވަރުން ނުބައިނުލަފާ ދޮގުވެރިންނަށް ކާމިޔާބު ނުވާހުއްޓެވެ.

Verse 18

وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰٓؤُلَآءِ شُفَعَـٰٓؤُنَا عِندَ ٱللَّهِ ۚ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ

Transliteration wayaʿbudūna min dūni l-lahi mā lā yaḍurruhum walā yanfaʿuhum wayaqūlūna hāulāi shufaʿāunā ʿinda l-lahi qul atunabbiūna l-laha bimā lā yaʿlamu fī l-samāwāti walā fī l-arḍi sub'ḥānahu wataʿālā ʿammā yush'rikūna

Dhivehi އަދި ﷲ ފިޔަވައި އެމީހުން - އެބަހީ مشرك ން - އެއަޅުކަންކުރަނީ އެމީހުންނަށް އެއްވެސް ގެއްލުމެއް ނުދެވޭ އަދި ނުވަތަ އެމީހުނަށް އެއްވެސް منفع އެއްނުދެވޭ ތަކެއްޗަށެވެ. އަދި އެމީހުން ބުނަނީ މިތަކެއްޗަކީ (ބުދުތަކަކީ) ﷲ ގެ حضرة ގައި އަހުރެމެންނަށް شفاعة ތެރިވާނޭ شفاعة ތެރިން ތަކެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް އަދި ބިމުގައިވެސް ﷲ ދެނެވޮޑިގެންނުވާ އެއްޗެހިތަކެއްގެ خبر ކަލޭމެން ﷲ އަށް ދެނީހެއްޔެވެ؟ (އެގޮތަކީ ﷲ ގެ حضرة ގައި އެބުދުތައް شفاعة ވާނޭ އެއްވެސް دليل އެއް حجّة އެއްނެތެވެ.) އެމީހުން އެ شريك ކުރާތަކެތި ފިޔަވައި ﷲ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އަދި މަތިވެރިވެވޮޑިގެންވެއެވެ.

Verse 19

وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةً وَٰحِدَةً فَٱخْتَلَفُوا۟ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ فِيمَا فِيهِ يَخْتَلِفُونَ

Transliteration wamā kāna l-nāsu illā ummatan wāḥidatan fa-ikh'talafū walawlā kalimatun sabaqat min rabbika laquḍiya baynahum fīmā fīhi yakhtalifūna

Dhivehi އަދި އެއް دين އެއްގެ މަތީގައި މެނުވީ މީސްތަކުން ނުވެއެވެ. (އެބަހީ: އެންމެހައި މީސްތަކުންވީ އެއް دين އެއްގެ أهل ވެރިބަޔަކުކަމުގައެވެ. އެއީ توحيد ގެ دين އެވެ.) ދެންފަހެ އެމީހުން إختلاف ވެ ދެބަސްވީއެވެ. (އެއްބަޔަކު ކާފަރުވެ އަނެއްބަޔަކު مؤمن ން ކަމުގައިވީއެވެ.) އަދި ކަލޭގެފާނުންގެ ربّ ގެ حضرة ން كلمة ފުޅެއްނުވިނަމަ (އެބަހީ: މީސްތަކުން أجل ހަމަވާންދެން ބެއިތިއްބުމުގެ كلمة ފުޅު ނުވިނަމަ) އެމީހުންގެމެދުގައި އެ إختلاف ވެ ދެބަސްވާކަންތަކާއިމެދު ނިޔާކުރެވި ނިމިއްޖައީހެވެ.

Verse 20

وَيَقُولُونَ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦ ۖ فَقُلْ إِنَّمَا ٱلْغَيْبُ لِلَّهِ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ

Transliteration wayaqūlūna lawlā unzila ʿalayhi āyatun min rabbihi faqul innamā l-ghaybu lillahi fa-intaẓirū innī maʿakum mina l-muntaẓirīna

Dhivehi އަދި އެ مشرك ން ބުނެއެވެ. "އެކަލޭގެފާނުންގެ މައްޗަށް އެބަހީ: محمّد ގެފާނުންގެ މައްޗަށް - (ފަރުބަދަ ރަނަށްވުންފަދަ މަރުވެފައިވާމީހުން ދިރުއްވުންފަދަ) معجزة އެއް دليل އެއް އެކަލޭގެފާނުންގެ ربّ ގެ حضرة ން ބާވައިލައްވާނޭ ނަމައެވެ! ނުވަތަ ބާވައިނުލެއްވީ ކީއްވެގެންބާވައެވެ؟" ކަލޭގެފާނު ވިދާޅުވާށެވެ! "އެފަދަ އެންމެހައި غيب ގެ ކަންތައް خاصّ ވެގެންވަނީ ހަމައެކަނި ﷲ އަށެވެ. (އޭ މީސްތަކުންނޭވެ! حقُّ حقّ އަށް އަދި بَاطِلُ باطل އަށް ނިޔާކުރެއްވުމުގެ ވަގުތަށް) ކަލޭމެން إنتظار ކުރާށެވެ! އަހުރެންވެސް މިވަނީ ކަލޭމެނާއެކު إنتظار ކުރާމީހުންގެ ތެރެއިންނެވެ."

Verse 21

وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةً مِّنۢ بَعْدِ ضَرَّآءَ مَسَّتْهُمْ إِذَا لَهُم مَّكْرٌ فِىٓ ءَايَاتِنَا ۚ قُلِ ٱللَّهُ أَسْرَعُ مَكْرًا ۚ إِنَّ رُسُلَنَا يَكْتُبُونَ مَا تَمْكُرُونَ

Transliteration wa-idhā adhaqnā l-nāsa raḥmatan min baʿdi ḍarrāa massathum idhā lahum makrun fī āyātinā quli l-lahu asraʿu makran inna rusulanā yaktubūna mā tamkurūna

Dhivehi އަދި މީސްތަކުންނަށްޖެހުނު ބޮޑު ދަތިއުނދަގުލަކަށްފަހު ތިމަންރަސްކަލާނގެ އެމީސްތަކުންނަށް رحمة އެއްގެ ރަހަދައްކަވައިފިއްޔާ އެމީހުން ތިމަންރަސްކަލާނގެ آية ތަކާއި حجّة ތަކަށް مَكر ހަދައި ފުރައްސާރަކޮށް ދޮގުކޮށް ހަދައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ގެ مَكر މާ އަވަހެވެ. إسْتِدْرَاجُ ން އެކަލާނގެ ކަލޭމެން ހިއްޕަވައި عقوبة ދެއްވުން މާއަވަހެވެ. (އަދި އެކަލާނގެ ވަޙީ ކުރެއްވިއެވެ.) އަދި ތިމަންރަސްކަލާނގެ ފޮނުއްވާފައިވާ ملائكة ބޭކަލުން ހަމަކަށަވަރުން ކަލޭމެން ތިޔަކުރާ މަލާމާތާއި ދޮގުތައް އަދި ރާވާ ނުބައި ރޭވުންތައް ލިއުއްވައެވެ.

Verse 22

هُوَ ٱلَّذِى يُسَيِّرُكُمْ فِى ٱلْبَرِّ وَٱلْبَحْرِ ۖ حَتَّىٰٓ إِذَا كُنتُمْ فِى ٱلْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُوا۟ بِهَا جَآءَتْهَا رِيحٌ عَاصِفٌ وَجَآءَهُمُ ٱلْمَوْجُ مِن كُلِّ مَكَانٍ وَظَنُّوٓا۟ أَنَّهُمْ أُحِيطَ بِهِمْ ۙ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ لَئِنْ أَنجَيْتَنَا مِنْ هَـٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ

Transliteration huwa alladhī yusayyirukum fī l-bari wal-baḥri ḥattā idhā kuntum fī l-ful'ki wajarayna bihim birīḥin ṭayyibatin wafariḥū bihā jāathā rīḥun ʿāṣifun wajāahumu l-mawju min kulli makānin waẓannū annahum uḥīṭa bihim daʿawū l-laha mukh'liṣīna lahu l-dīna la-in anjaytanā min hādhihi lanakūnanna mina l-shākirīna

Dhivehi (އޭ މީސްތަކުންނޭވެ!) އެއްގަމާއި ކަނޑުގައި ކަލޭމެން ހިންގަވައި ދަތުރުފަތުރު ކުރުވަނީ ހަމަ އެކަލާނގެއެވެ. (އެކަންކަމުގެ މަގުތަނަވަސްކޮށްދެއްވަނީ ހަމަ އެކަލާނގެއެވެ.) ކަލޭމެން ނައުފަހަރުގައި (އެބަހީ: މޫދުގައި ދުވާ އުޅަނދުފަހަރުގައި) ވެއްޖައުމަށްދާންދެނެވެ. ދެންފަހެ އެބަޔަކާއިގެން އެއުޅަނދު ރަނގަޅު ވައިގައި ދުވެދެއެވެ. އަދި އެކަމަށް އެމީހުން އުފާކުރެއެވެ. (ދެން އޭގެފަހުން) އެއުޅަނދަށް ގަދަވައިޖެހިދެއެވެ. ކަނޑުގަދަވެ ހުރިހާ ފަރާތަކުން ރާޅުތައް އެމީހުންނަށް އަތުވެދެއެވެ. އަދި އެމީހުންނަށް ހީވާނީ އެމީހުންގެ ވަށައިގެން ހަލާކު ލާވަށައިލީކަމަށެވެ. (ދެން) އެމީހުން ވަރަށް إخلاص ތެރިކަމާއެކު ﷲ އަށް دعاء ކުރާނެއެވެ. (ދަންނަވާނެއެވެ.) އިބަރަސްކަލާނގެ އަޅަމެން މިކަމުން ސަލާމަތްކޮށްދެއްވައިފިއްޔާ ހަމަކަށަވަރުން އަޅަމެންވާހުށީ شكر ކުރާމީހުންގެ ތެރެއިންނެވެ. (އެބަހީ: ކިޔަމަންތެރިވެ އިބަރަސްކަލާނގެއަށް އަޅުކަން خلاص ކުރާބަޔަކުކަމުގައިވާހުށީމެވެ.)

Verse 23

فَلَمَّآ أَنجَىٰهُمْ إِذَا هُمْ يَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۗ يَـٰٓأَيُّهَا ٱلنَّاسُ إِنَّمَا بَغْيُكُمْ عَلَىٰٓ أَنفُسِكُم ۖ مَّتَـٰعَ ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ إِلَيْنَا مَرْجِعُكُمْ فَنُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

Transliteration falammā anjāhum idhā hum yabghūna fī l-arḍi bighayri l-ḥaqi yāayyuhā l-nāsu innamā baghyukum ʿalā anfusikum matāʿa l-ḥayati l-dun'yā thumma ilaynā marjiʿukum fanunabbi-ukum bimā kuntum taʿmalūna

Dhivehi ދެންފަހެ ތިމަންރަސްކަލާނގެ އެމީހުން ސަލާމަތްކުރެއްވިހިނދުން، އެހައިރުން އެމީހުން އެއްވެސް حقّ އެއްނެތި ބިމުގައި އަލުންވެސް ނުކިޔަމަންތެރިވެ بغاوة ކުރަނީއެވެ. ހައްދުފަހަނަޅައިދަނީއެވެ. އޭ މީސްތަކުންނޭވެ! ކަލޭމެންގެ ނުކިޔަމަންތެރިކަމާއި ހައްދުފަހަނަޅައިގަތުމުގެ ނުބައިކަން ރައްދުވާނީ ހަމަ ކަލޭމެންގެ نفس ތަކަށެވެ. (ﷲ އަކަށް އެއްވެސް ގެއްލުމެއް ނުފޯރާނެއެވެ.) އެއީ ދުނިޔޭގެ حياة ގެ ކުޑަ އަރާމުކޮޅެކެވެ. (އެބަހީ ދުނިޔޭގައި ނުކިޔަމަންތެރިވެ މަޖާކުރަން އުޅޭ ވަގުތުކޮޅު އެއީ ކުޑަވަގުތުކޮޅެކެވެ.) ދެން ކަލޭމެން އަލުންވެސް رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. އަދި ދެން ކަލޭމެން (ދުނިޔޭގައި ތިބެގެން) ކުރާކަމުގައިވީ ކަންތައްތަކުގެ خبر ތިމަންރަސްކަލާނގެ ކަލޭމެނަށް ދޭހުށީމެވެ.

Verse 24

إِنَّمَا مَثَلُ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَـٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ مِمَّا يَأْكُلُ ٱلنَّاسُ وَٱلْأَنْعَـٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلْأَرْضُ زُخْرُفَهَا وَٱزَّيَّنَتْ وَظَنَّ أَهْلُهَآ أَنَّهُمْ قَـٰدِرُونَ عَلَيْهَآ أَتَىٰهَآ أَمْرُنَا لَيْلًا أَوْ نَهَارًا فَجَعَلْنَـٰهَا حَصِيدًا كَأَن لَّمْ تَغْنَ بِٱلْأَمْسِ ۚ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَتَفَكَّرُونَ

Transliteration innamā mathalu l-ḥayati l-dun'yā kamāin anzalnāhu mina l-samāi fa-ikh'talaṭa bihi nabātu l-arḍi mimmā yakulu l-nāsu wal-anʿāmu ḥattā idhā akhadhati l-arḍu zukh'rufahā wa-izzayyanat waẓanna ahluhā annahum qādirūna ʿalayhā atāhā amrunā laylan aw nahāran fajaʿalnāhā ḥaṣīdan ka-an lam taghna bil-amsi kadhālika nufaṣṣilu l-āyāti liqawmin yatafakkarūna

Dhivehi ހަމަކަށަވަރުން ދުނިޔޭގެ ދިރިއުޅުމުގެ މިސާލަކީ ތިމަންރަސްކަލާނގެ އުޑުން އެބާވައިލެއްވި ފެންގަނޑެއްގެ މިސާލެވެ. ދެން މީސްތަކުންނާއި نَعَم ސޫފިކައިހަދާ ގަސްގަހާގެއްސަށް އެފެން ވެހި އެކުވެ (ގަސްތައް ހެދިގަނެ) ބިންގަނޑު ތަރޯތާޒާވެ ޒީނަތްތެރިވެ އަދި އެތާނގެ أهل ވެރިންނަށް ދެން އެގަސްގަހާގެހީގެ މޭވާގެ މައްޗަށް ކުޅަދާނަވެއްޖެކަމަށް ހީވެދެއެވެ. ދެން އެހިނދުން ރޭގަނޑުގެ ވަގުތެއްގައި ނުވަތަ ދުވާލުގެ ވަގުތެއްގައި އެތަނަށް ތިމަންރަސްކަލާނގެ އަމުރުފުޅު (އެބަހީ: އެތަން ހަލާކުކުރެއްވުމުގެ އަމުރުފުޅު) އަތުވެދެއެވެ. ދެން އެތަނަކީ ދަނޑުކެނޑެވި ގަސްތައް ވެރިފައިވާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ އެތަން ހަދައިލަމެވެ. އެތަން ކޮންފަދަހެއްޔެވެ؟ އެތަނަކީ އިއްޔެ އެއްވެސްގަހެއް އަދި ދަނޑެއް ނެތް ތަނެއްފަދައެވެ. فِكر ކޮށް ވިސްނާބަޔަކަށް ތިމަންރަސްކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކާއި حجّة ތައް ތިމަންރަސްކަލާނގެ نفصيل ކޮށްދެއްވަނީ އެފަދައިންނެވެ. (އެހެނީ: ދުނިޔޭގެ ދިރިއުޅުންވެސް އެގަސްތައް ހަލާކުވީހާ އަވަހަށް ފަނާވެދެއެވެ.)

Verse 25

وَٱللَّهُ يَدْعُوٓا۟ إِلَىٰ دَارِ ٱلسَّلَـٰمِ وَيَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

Transliteration wal-lahu yadʿū ilā dāri l-salāmi wayahdī man yashāu ilā ṣirāṭin mus'taqīmin

Dhivehi އަދި ﷲ سبحانه وتعالى (މީސްތަކުންނަށް) ގޮވާލައްވަނީ دَارُالسَّلام އަށެވެ. ސުވަރުގެއަށެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ސީދާވެގެންވާ ތެދުމަގު ދައްކަވައެވެ.

Verse 26

۞ لِّلَّذِينَ أَحْسَنُوا۟ ٱلْحُسْنَىٰ وَزِيَادَةٌ ۖ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌ وَلَا ذِلَّةٌ ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ

Transliteration lilladhīna aḥsanū l-ḥus'nā waziyādatun walā yarhaqu wujūhahum qatarun walā dhillatun ulāika aṣḥābu l-janati hum fīhā khālidūna

Dhivehi (ދުނިޔޭގައި ރަނގަޅު ހެޔޮ عمل ކުރި) إحسان ތެރި މާތްމީހުންނަށް - قيامة ދުވަހުން - ސުވަރުގެ ހުއްޓެވެ. އަދި އޭގެއިތުރު نعمة ތައްވެސްވެއެވެ. އޭގެތެރެއިން އެންމެބޮޑު نعمة އަކީ ސީދާ ﷲ ގެ وجه ފުޅު ބެލުމުގެ نعمة އެވެ. އަދި އެމީހުންގެ މޫނުތަކުގައި އެއްވެސް ބަނަކަމެއް އަދި އެއްވެސް ދެރަނިކަމެތިކަމެއް ނުވާހުއްޓެވެ. (ހުންނާނީ نعمة ތަކުގެ އުފާވެރިކަމުގެ ތާޒާކަމެވެ.) އެމީހުން އެއީ ސުވަރުގޭގެ އެކުވެރިންނެވެ. އަދި އެމީހުން ދެމިތިބޭނީވެސް ހަމައެތާނގައެވެ.

Verse 27

وَٱلَّذِينَ كَسَبُوا۟ ٱلسَّيِّـَٔاتِ جَزَآءُ سَيِّئَةٍۭ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌ ۖ مَّا لَهُم مِّنَ ٱللَّهِ مِنْ عَاصِمٍ ۖ كَأَنَّمَآ أُغْشِيَتْ وُجُوهُهُمْ قِطَعًا مِّنَ ٱلَّيْلِ مُظْلِمًا ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ

Transliteration wa-alladhīna kasabū l-sayiāti jazāu sayyi-atin bimith'lihā watarhaquhum dhillatun mā lahum mina l-lahi min ʿāṣimin ka-annamā ugh'shiyat wujūhuhum qiṭaʿan mina al-layli muẓ'liman ulāika aṣḥābu l-nāri hum fīhā khālidūna

Dhivehi އަދި ނުބައިކަންތައްތައް ކުރި މީސްތަކުން ދަންނައެވެ! އެމީހުންނަށް قيامة ދުވަހުން ހުންނަހުށީ އެމީހުން އެކުރި ނުބައިކަމާއި އެއްފަދަ ޖަޒާއެވެ. އަދި އެމީހުންގެ މޫނުތައް ނިވައިވެގެންވާނީ ދެރަކަމާއި ނިކަމެތިކަމުންނެވެ. އަދި ﷲ ގެ ކޯފާއާއި عذاب ން އެމީހުން ސަލާމަތްކޮށްދޭނެ ހަމައެކަކުވެސް އެމީހުންނަކަށް ނުވާނެއެވެ. އެމީހުންގެ މޫނުތައް ކޮންފަދަހެއްޔެވެ؟ކަޅުރޭގަނޑެއްގެ ބައެއް އެމީހުންގެ މޫނުތައް ނިވައިކޮށްފާވާކަހަލައެވެ. އެމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.

Verse 28

وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا۟ مَكَانَكُمْ أَنتُمْ وَشُرَكَآؤُكُمْ ۚ فَزَيَّلْنَا بَيْنَهُمْ ۖ وَقَالَ شُرَكَآؤُهُم مَّا كُنتُمْ إِيَّانَا تَعْبُدُونَ

Transliteration wayawma naḥshuruhum jamīʿan thumma naqūlu lilladhīna ashrakū makānakum antum washurakāukum fazayyalnā baynahum waqāla shurakāuhum mā kuntum iyyānā taʿbudūna

Dhivehi އަދި އެއެންމެން ތިމަންރަސްކަލާނގެ محشر ކުރައްވާދުވަހުން شريك ކުރިމީހުންނަށް ތިމަންރަސްކަލާނގެ وحي ކުރައްވާހުށީމެވެ. ކަލޭމެންނާއި ކަލޭމެން (ތިމަންރަސްކަލާނގެ ފިޔަވައި އެފަރާތްތަކަށް އަޅުކަންކުރި) شريك ންތައް ތިޔަތިބިތާ ތިބޭށެވެ. ދެން ތިމަންރަސްކަލާނގެ އެމީހުންނާއި شريك ނުކުރާ އެހެންމީހުންނާއި ދެމެދު ވަކިކުރައްވާހުށީމެވެ. އަދި އެ شريك ންތައް شريك ކުރިމީހުންނާއި ދިމާއަށް ބުނާނެއެވެ. ކަލޭމެން ތިމަންބައިމީހުންނަށް އަޅުކަން ކުރި މީހުންކަމުގައި ނުވެއެވެ.

Verse 29

فَكَفَىٰ بِٱللَّهِ شَهِيدًۢا بَيْنَنَا وَبَيْنَكُمْ إِن كُنَّا عَنْ عِبَادَتِكُمْ لَغَـٰفِلِينَ

Transliteration fakafā bil-lahi shahīdan baynanā wabaynakum in kunnā ʿan ʿibādatikum laghāfilīna

Dhivehi ފަހެ ކަލޭމެންނާއި އަހުރެމެންނާއި ދެމެދުގެ ހެކިވެރިއަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. ހަމަކަށަވަރުން ކަލޭމެން އަހުރެމެންނަށް ކުރި އަޅުކަމުން އަހުރެމެންވަނީ غافل ވެގެންނެވެ. އަހުރެމެންނަކަށް އެކަމެއް ނޭނގެއެވެ.

Verse 30

هُنَالِكَ تَبْلُوا۟ كُلُّ نَفْسٍ مَّآ أَسْلَفَتْ ۚ وَرُدُّوٓا۟ إِلَى ٱللَّهِ مَوْلَىٰهُمُ ٱلْحَقِّ ۖ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ

Transliteration hunālika tablū kullu nafsin mā aslafat waruddū ilā l-lahi mawlāhumu l-ḥaqi waḍalla ʿanhum mā kānū yaftarūna

Dhivehi އެހިނދުން ކޮންމެ نفس އެއްވެސް އެ نفس އެއް ހެޔޮނުބައިގެތެރެއިން ކުރި އެންމެހައި ކަންކެއްހޯދާ ސާފުކުރާނެއެވެ. އަދިރަނގަޅަށް އެނގޭނެއެވެ. އަދި އެމީހުންގެ حقّ ސަހަރޯވެރިޔާކަމުގައިވާ ﷲ ގެ حضرة އަށް އެމީހުން ރައްދުކުރެވޭނެއެވެ. އަދި އެމީހުން (ދުނިޔޭގައި) ދޮގުހަދައިގެން އަޅުކަންކުރި ހުރިހާތަކެތި އެމީހުންނަށް ގެއްލޭނެއެވެ.

Verse 31

قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ

Transliteration qul man yarzuqukum mina l-samāi wal-arḍi amman yamliku l-samʿa wal-abṣāra waman yukh'riju l-ḥaya mina l-mayiti wayukh'riju l-mayita mina l-ḥayi waman yudabbiru l-amra fasayaqūlūna l-lahu faqul afalā tattaqūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އުޑާއި ބިމުން ކަލޭމެނަށް ރިޒުގުދެއްވަނީ ކާކުތޯ އެ مشرك ން ކުރެން އައްސަވައި ބައްލަވާށެވެ! ނުވަތަ އިވުމާއި ފެނުންތައް مِلْكُ ވެ خاصّ ވެގެންވަނީ ކާކަށްތޯ (އައްސަވައިބަލާށެވެ!) އަދި މަރުވެފައިވާތަކެތީން ދިރޭތަކެތި، އަދި ދިރޭތަކެތީގެ ތެރެއިން މަރުވެފައިވާތަކެތި ނެރުއްވައި އަދި ކަންތައްތައް تدبير ކުރައްވަނީ ކާކުތޯ އެމީހުން ކުރެން ނިކަން އައްސަވައިބައްލަވާށެވެ! (އޭގެ ޖަވާބުގައި) ނިކަންހުރެ އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ފަހެ ކަލޭގެފާނު ވިދާޅުވެބައްލަވާށެވެ! ކަލޭމެން ފަހެ ބިރުވެތިނުވާނޭ ހެއްޔެވެ؟

Verse 32

فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلْحَقُّ ۖ فَمَاذَا بَعْدَ ٱلْحَقِّ إِلَّا ٱلضَّلَـٰلُ ۖ فَأَنَّىٰ تُصْرَفُونَ

Transliteration fadhālikumu l-lahu rabbukumu l-ḥaqu famādhā baʿda l-ḥaqi illā l-ḍalālu fa-annā tuṣ'rafūna

Dhivehi (އޭ މީސްތަކުންނޭވެ!) މިކަންތައްތައް މިހިންގަވާ ފަރާތަކީ ކަލޭމެންގެ حقّ رَبُّ ކަމުގައިވާ ﷲ އެވެ. حقّ قبول ނުކުރުމަށްފަހު ދެން قبول ކުރާނީ ކޮންއެއްޗެއްހެއްޔެވެ؟ ދެން ހަމަ މަގުފުރެދުން މެނުވީ قبول ކުރާކަށް އެހެން އެއްޗެއްނުވެއެވެ. ފަހެ حقّ ފިޔަވައި ކަލޭމެން އެނބުރިދާންވީ ކޮންފަދައަކުންހެއްޔެވެ؟

Verse 33

كَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ فَسَقُوٓا۟ أَنَّهُمْ لَا يُؤْمِنُونَ

Transliteration kadhālika ḥaqqat kalimatu rabbika ʿalā alladhīna fasaqū annahum lā yu'minūna

Dhivehi (އެމީހުން حقّ ފިޔަވައި މަގުފުރެދުމުގެ ފަރާތަށް އެނބުރިގަތްފަދައިން) ހަމައެފަދައިން އެމީހުންގެ މައްޗަށް އެބަހީ فاسق ންގެމައްޗަށް ކަލޭގެފާނުންގެ ربّ ގެ كلمة ފުޅު حقّ ވެއްޖެއެވެ. އެ كلمة ފުޅަކީ ހަމަކަށަވަރުން އެމީހުން إيمان ނުވާނެއެވެ. (އެއީ އެކަލާނގެ أزَلى علم ފުޅުގައިވާގޮތެވެ.)

Verse 34

قُلْ هَلْ مِن شُرَكَآئِكُم مَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۚ قُلِ ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۖ فَأَنَّىٰ تُؤْفَكُونَ

Transliteration qul hal min shurakāikum man yabda-u l-khalqa thumma yuʿīduhu quli l-lahu yabda-u l-khalqa thumma yuʿīduhu fa-annā tu'fakūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ مشرك ންނޭވެ!) ކަލޭމެންގެ شريك ންގެ ތެރޭގައި އިސްވެދިޔަ އެއްވެސް مثال އެއްނެތި خلق ތަކުން އަލަށް ފަށައިގެން ހައްދަވާނޭ شريك އަކު އަދި (އެތަކެތި މަރުވުމަށްފަހު) ހަމައެގޮތަށް ހައްދަވައި إعاد ކުރައްވާނޭ شريك އަކު ވޭހެއްޔެވެ؟ ﷲ އެއްވެސް مثال އެއްނެތި ހަމަ އަލަށް ފައްޓަވައިގެން خلق ތަކުން ހައްދަވައެވެ. ދެން އެކަލާނގެ އެ خلق ތަކުން إعاد ކުރައްވާނެއެވެ. حقّ ފިޔަވައި ކަލޭމެން އެނބުރިދަނީ ކޮންފަދައަކުންހެއްޔެވެ؟ (ދާން ހެޔޮނުވާނެއެވެ.)

Verse 35

قُلْ هَلْ مِن شُرَكَآئِكُم مَّن يَهْدِىٓ إِلَى ٱلْحَقِّ ۚ قُلِ ٱللَّهُ يَهْدِى لِلْحَقِّ ۗ أَفَمَن يَهْدِىٓ إِلَى ٱلْحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّىٓ إِلَّآ أَن يُهْدَىٰ ۖ فَمَا لَكُمْ كَيْفَ تَحْكُمُونَ

Transliteration qul hal min shurakāikum man yahdī ilā l-ḥaqi quli l-lahu yahdī lil'ḥaqqi afaman yahdī ilā l-ḥaqi aḥaqqu an yuttabaʿa amman lā yahiddī illā an yuh'dā famā lakum kayfa taḥkumūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު (އެ مشرك ންނަށް) ވިދާޅުވާށެވެ! ކަލޭމެންގެ شريك ންގެ ތެރޭގައި حقّ އަށް ތެދުމަގުދައްކާނޭ އެއްވެސް شريك އެއްވޭހެއްޔެވެ؟ (ނުވާނެކަން ކަށަވަރެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ حقّ އަށް ތެދުމަގުދައްކަވައެވެ. އަޅެފަހެ އެފަރާތަކާއި تبع ވުން حقّ ކަންބޮޑީ حقّ މަގަށް ތެދުމަގުދައްކަވާ ފަރާތަކާ ހެއްޔެވެ؟ ނުވަތަ އެހެން ފަރާތަކުން ތެދުމަގު ލިބިގެންމެނުވީ ތެދުމަގު ނުދެއްކެވޭ ފަރާތަކާ ހެއްޔެވެ؟ ފަހެ ކަލޭމެނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ކަލޭމެން ތިޔަ حكم ކުރަނީ ކޮންފަދައަކުންހެއްޔެވެ؟

Verse 36

وَمَا يَتَّبِعُ أَكْثَرُهُمْ إِلَّا ظَنًّا ۚ إِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا ۚ إِنَّ ٱللَّهَ عَلِيمٌۢ بِمَا يَفْعَلُونَ

Transliteration wamā yattabiʿu aktharuhum illā ẓannan inna l-ẓana lā yugh'nī mina l-ḥaqi shayan inna l-laha ʿalīmun bimā yafʿalūna

Dhivehi އަދި އެމީހުންކުރެ ގިނަމީހުން ހަމަ ހީއަކަށް މެނުވީ تبع ވާކަމުގައި ނުވެއެވެ. حقّ ގެ مُقَابِلُ ގައި ހީއަކުން އެއްވެސްކަމެއް ފުއްދައިނުދޭނެއެވެ. އަދި އެމީހުން އެކުރާކަންތައް ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވެއެވެ.

Verse 37

وَمَا كَانَ هَـٰذَا ٱلْقُرْءَانُ أَن يُفْتَرَىٰ مِن دُونِ ٱللَّهِ وَلَـٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ ٱلْكِتَـٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَـٰلَمِينَ

Transliteration wamā kāna hādhā l-qur'ānu an yuf'tarā min dūni l-lahi walākin taṣdīqa alladhī bayna yadayhi watafṣīla l-kitābi lā rayba fīhi min rabbi l-ʿālamīna

Dhivehi އަދި މި قرآن އަކީ ﷲ ބާވައިލައްވާފައިވާ އެއްޗެއް ފިޔަވައި މީހަކު ހަދައިފައިވާ ދޮގެއްނޫނެވެ. (އެބަހީ: މި قرآن އަކީ ހަމަ ﷲ ގެ حضرة ން އައިސްފައިވާ އެކަލާނގެ ބަސްފުޅެވެ. މީހަކު ދޮގުހަދައިގެން ދައްކާވާހަކައެއްނޫނެވެ.) އަދި ކިއެއްހެއްޔެވެ؟ މި قرآن އަކީ އޭގެކުރީގައި ﷲ ބާވައިލެއްވި ފޮތްތައް ތެދުކުރާ ފޮތެކެވެ. އަދި ﷲ ބާވައިލައްވާ حكم ތައް تفصيل ކޮށް بيان ކޮށްދެއްވުމެކެވެ. އެކަންކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އަދި އެފޮތަކީ عالم ތަކުގެވެރި رَبّ ގެ حضرة ންވާ ފޮތެއްކަމާއިމެދަކު އެއްވެސް ޝައްކެއްނެތެވެ.

Verse 38

أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِسُورَةٍ مِّثْلِهِۦ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ

Transliteration am yaqūlūna if'tarāhu qul fatū bisūratin mith'lihi wa-id'ʿū mani is'taṭaʿtum min dūni l-lahi in kuntum ṣādiqīna

Dhivehi އަދި އެމީހުން އެބުނަނީއެވެ. އެ قرآن އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވީ ކަމުގައެވެ. (ދެން ﷲ އަށް نسبة ކުރަނީއެވެ.) ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! (އެހެންކަމަށްވަންޏާ ކަލޭމެނަކީ ހަމަ ބަހަށް ކުޅަދާނަ أديب ންނެވެ.) ކަލޭމެން އެފަދަ އެންމެ سورة އެއް ނިކަން ގެނަސްބަލާށެވެ! އަދި އެކަމުގައި ކަލޭމެންނަށް އެހީވުމަށް ﷲ ފިޔަވައި ކަލޭމެންނަށް ކުޅަދާނަވީހާބަޔަކަށް ގޮވައިބަލާށެވެ. ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާއެވެ.

Verse 39

بَلْ كَذَّبُوا۟ بِمَا لَمْ يُحِيطُوا۟ بِعِلْمِهِۦ وَلَمَّا يَأْتِهِمْ تَأْوِيلُهُۥ ۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِينَ

Transliteration bal kadhabū bimā lam yuḥīṭū biʿil'mihi walammā yatihim tawīluhu kadhālika kadhaba alladhīna min qablihim fa-unẓur kayfa kāna ʿāqibatu l-ẓālimīna

Dhivehi އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުނަށް އޭގެ خبر ދަބަރު ނޭނގޭ އަދި އެކަމުގެ معلومات ނެތްކަމެއްވީމާ އެމީހުން ދޮގުކުރަނީއެވެ. އަދި އެމީހުނަށް އޭގެފުރިހަމަ تفسير އެއް شرح އެއް ނުވިސްނެއެވެ. މިމީހުންގެ يعني: މި مكّة މީހުންގެ ކުރީގައި ވޭތިވެދިޔަ أمّة ތަކުގެމީހުންވެސް ހަމައެފަދައިން އެމީހުންގެ رسول ން ދޮގުކުރީއެވެ. ދެންފަހެ އަނިޔާވެރި مشرك ންގެ ކަންތައް ވެގެންދިޔައީ ކޮންފަދައަކުންކަން އެމީހުންގެ ފަހުކޮޅު ނިކަން ދެކެވަޑައިގަންނަވާށެވެ!

Verse 40

وَمِنْهُم مَّن يُؤْمِنُ بِهِۦ وَمِنْهُم مَّن لَّا يُؤْمِنُ بِهِۦ ۚ وَرَبُّكَ أَعْلَمُ بِٱلْمُفْسِدِينَ

Transliteration wamin'hum man yu'minu bihi wamin'hum man lā yu'minu bihi warabbuka aʿlamu bil-muf'sidīna

Dhivehi مكّة ގެ مشرك ންގެތެރޭގައި އެ قرآن އެއީ حقّ ތެދުކަމުގައި ތިމާ އަމިއްލައަށް قبول ކޮށް ތެދުކުރާމީހުން ވެއެވެ. (ދޮގުކުރަނީ ބޮޑާކަމާއި ދެކޮޅުވެރިކަމުންނެވެ.) އަދި ތިމާގެ އަމިއްލަ نفس އަށް ތެދުނުކުރާ މީހުންވެއެވެ. (އެމީހާގެ جاهل ކަމުން ދޮގުކުރަނީއެވެ.) އޭ رسول ﷲ އެވެ! ކަލޭގެފާނުންގެ ربّ އެދޮގުކުރާ މީހުންގެ ކަންތައްތައް ދެނެވޮޑިގެންވެއެވެ.

Verse 41

وَإِن كَذَّبُوكَ فَقُل لِّى عَمَلِى وَلَكُمْ عَمَلُكُمْ ۖ أَنتُم بَرِيٓـُٔونَ مِمَّآ أَعْمَلُ وَأَنَا۠ بَرِىٓءٌ مِّمَّا تَعْمَلُونَ

Transliteration wa-in kadhabūka faqul lī ʿamalī walakum ʿamalukum antum barīūna mimmā aʿmalu wa-anā barīon mimmā taʿmalūna

Dhivehi (އޭ رسول ﷲ އެވެ!) އަދި އެމީހުން ކަލޭގެފާނު ދޮގުކުރަންޏާ ފަހެ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ عمل ވެއެވެ. - އޭ ގެ جزاء ވެއެވެ. ނުވަތަ دِين ވެއެވެ. އަދި ކަލޭމެނަށް ކަލޭމެންގެ عملގެ جزاء ވެއެވެ. ނުވަތަ دين ވެއެވެ. ތިމަންކަލޭގެފާނުން ކުރާކަންތަކުން ކަލޭމެން ބަރީއަވެގެންވެއެވެ. އަދި ކަލޭމެންކުރާ ކަންތަކުން ތިމަންކަލޭގެފާނު ބަރީއަވެގެންވެއެވެ.

Verse 42

وَمِنْهُم مَّن يَسْتَمِعُونَ إِلَيْكَ ۚ أَفَأَنتَ تُسْمِعُ ٱلصُّمَّ وَلَوْ كَانُوا۟ لَا يَعْقِلُونَ

Transliteration wamin'hum man yastamiʿūna ilayka afa-anta tus'miʿu l-ṣuma walaw kānū lā yaʿqilūna

Dhivehi އަދި އެމީހުންގެތެރޭގައި އެބަހީ: އެ مشرك ންގެތެރޭގައި ކަލޭގެފާނުން ވިދާޅުވާ ބަސްފުޅު އަޑުއަހާމީހުންވެއެވެ. ކަލޭގެފާނު ފަހެ ވިސްނައި فِكر ނުކުރެވޭބަޔަކަށް އިއްވައިދީފާނުތޯއެވެ. (އަޑުއިވުނަސް ވިސްނަން ނޭނގޭނަމަ އެއިވޭ އަޑުގެ ފައިދާއެއް ނޯންނާނެއެވެ.)

Verse 43

وَمِنْهُم مَّن يَنظُرُ إِلَيْكَ ۚ أَفَأَنتَ تَهْدِى ٱلْعُمْىَ وَلَوْ كَانُوا۟ لَا يُبْصِرُونَ

Transliteration wamin'hum man yanẓuru ilayka afa-anta tahdī l-ʿum'ya walaw kānū lā yub'ṣirūna

Dhivehi އަދި އެމީހުންގެތެރޭގައި ކަލޭގެފާނާދިމާއަށް ބަލާމީހުންވެއެވެ. ކަލޭގެފާނަށް ފަހެ އަނދިރިބަޔަކަށް މަގުދެއްކެވިދާނެތޯއެވެ. • ދަންނައެވެ. މިދެއާޔަތުން ދޭ މުރާދަކީ ކަންފަތަށް އިވުނަސް އަދި ލޮލަށް ފެނުނަސް ސިކުނޑިން އެއްޗެއް ވިސްނުމުގެ توفيق ﷲ ދެއްވާފައިނުވާނަމަ އެއިވުމުގެ އަދި ފެނުމުގެ ފައިދާއެއް ނުކުރާނެކަމެވެ.

Verse 44

إِنَّ ٱللَّهَ لَا يَظْلِمُ ٱلنَّاسَ شَيْـًٔا وَلَـٰكِنَّ ٱلنَّاسَ أَنفُسَهُمْ يَظْلِمُونَ

Transliteration inna l-laha lā yaẓlimu l-nāsa shayan walākinna l-nāsa anfusahum yaẓlimūna

Dhivehi އަދި ހަމަކަށަވަރުން އެއްވެސް ގޮތަކުން އެއްވެސް މާނައެއްގައި މީސްތަކުންނަށް ﷲ އަނިޔާވެރިވެވޮޑި ނުގަންނަވައެވެ. އަދި އެހެންނަމަވެސް މީސްތަކުން އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވަނީއެވެ.

Verse 45

وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيْنَهُمْ ۚ قَدْ خَسِرَ ٱلَّذِينَ كَذَّبُوا۟ بِلِقَآءِ ٱللَّهِ وَمَا كَانُوا۟ مُهْتَدِينَ

Transliteration wayawma yaḥshuruhum ka-an lam yalbathū illā sāʿatan mina l-nahāri yataʿārafūna baynahum qad khasira alladhīna kadhabū biliqāi l-lahi wamā kānū muh'tadīna

Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުން محشر ކުރައްވާދުވަހު (އެއްކުރައްވާދުވަހު) އެމީހުންނަށް ހީވާނީ ދުނިޔޭގައި އެއްބަޔަކު އަނެއްބަޔަކަށް تعارف ވެލުމަށްޓަކައި ހަމަ ދުވާލު ހިނދުކޮޅެއްގައި މެނުވީ އެމީހުން (ދުނިޔޭގައި) ލަސްވެ ނުތިބޭކަމަށެވެ. ހަމަކަށަވަރުން ﷲ އާއި ބައްދަލުވުމާއިމެދު ދޮގުހެދިމީހުން އެބަހީ آخرة ދޮގުކުރިމީހުން -ގެއްލި ހަލާކުވެއްޖެއެވެ. އަދި ތެދުމަގު ލިބުނުބަޔަކުކަމުގައި އެމީހުން ނުވިއެވެ.

Verse 46

وَإِمَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا مَرْجِعُهُمْ ثُمَّ ٱللَّهُ شَهِيدٌ عَلَىٰ مَا يَفْعَلُونَ

Transliteration wa-immā nuriyannaka baʿḍa alladhī naʿiduhum aw natawaffayannaka fa-ilaynā marjiʿuhum thumma l-lahu shahīdun ʿalā mā yafʿalūna

Dhivehi އަދި ތިމަންރަސްކަލާނގެ އެ مشرك ންނަށް وعد ކުރައްވާފައިވާ ބައެއް عذاب ހަމަކަށަވަރުން (ކަލޭގެފާނު އަވަހާރަވުމުގެކުރިން) ކަލޭގެފާނަށް ދައްކަވާހުށީމެވެ. ނުވަތަ އޭގެކުރީގައި ކަލޭގެފާނު މަރުގަންނަވާހުށީމެވެ. ދެންފަހެ އެ އެންމެން އެނބުރި رجوع ވުންވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ. އަދި އެމީހުން އެކުރާ ކަންކަމަށް ﷲ ހެކިވެވޮޑިގަންނަވައެވެ.

Verse 47

وَلِكُلِّ أُمَّةٍ رَّسُولٌ ۖ فَإِذَا جَآءَ رَسُولُهُمْ قُضِىَ بَيْنَهُم بِٱلْقِسْطِ وَهُمْ لَا يُظْلَمُونَ

Transliteration walikulli ummatin rasūlun fa-idhā jāa rasūluhum quḍiya baynahum bil-qis'ṭi wahum lā yuẓ'lamūna

Dhivehi އަދި ކޮންމެ أمّة އަކަށް رسول ބޭކަލަކުވެއެވެ. ފަހެ އެމީހުންގެ رسول އާ އެމީހުންގެ ގާތަށް ވަޑައިގެންނެވުމުން އެމީހުންގެ މެދުގައި عدل ވެރިގޮތުގައި ނިޔާކުރެވޭނެއެވެ. އަދި އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ. (އެބަހީ: رسول އާ ވަޑައިގެން ދީނަށް ގޮވާލެއްވުމަށްފަހު إيمان ނުވިނަމަ ދެން އެމީހުންނަށް عذاب ފޮނުއްވައި އެމީހުންގެ ކަންތައް ނިންމަވައެވެ. / ނުވަތަ قيامة ދުވަހުން ކޮންމެ أمّة އެއްގެ ގާތަށް އެ أمّة އެއްގެ رسول ވަޑައިގެންނެވުމުން އެމީހުންގެ މެދުގައި حساب ބެއްލެވި جزاء ދެއްވި ނިމެއެވެ. މިދެމާނަ مفسّر ންގެ ފަރާތުން بيان ވެގެންވެއެވެ. والله أعلم بالصّواب)

Verse 48

وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ

Transliteration wayaqūlūna matā hādhā l-waʿdu in kuntum ṣādiqīna

Dhivehi އަދި އެމީހުން ބުނެއެވެ. ތިޔަ ވިދާޅުވާ ދުވަހެއް / ތިޔަ وعد ކުރައްވާ ދުވަހަކާއި عذاب އެއް ދެއްވާނީ ކޮންއިރަކުންހެއްޔެވެ؟ ކަލޭމެންނީ ތެދުވެރިންކަމުގައިވަންޏާ ނިކަން ބުނެބަލާށެވެ.

Verse 49

قُل لَّآ أَمْلِكُ لِنَفْسِى ضَرًّا وَلَا نَفْعًا إِلَّا مَا شَآءَ ٱللَّهُ ۗ لِكُلِّ أُمَّةٍ أَجَلٌ ۚ إِذَا جَآءَ أَجَلُهُمْ فَلَا يَسْتَـْٔخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ

Transliteration qul lā amliku linafsī ḍarran walā nafʿan illā mā shāa l-lahu likulli ummatin ajalun idhā jāa ajaluhum falā yastakhirūna sāʿatan walā yastaqdimūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ އަމިއްލަ نفس އަށް ގެއްލުމެއްވިޔަސް އަދި منفع އެއްވިޔަސް ތިމަންކަލޭގެފާނަކަށް މިލްކުވެގެން ނުވެއެވެ. އޭގެ ތެރެއިން އެއްވެސް ކަމެއް ﷲ އިރާދަކުރެއްވި މިންވަރަކަށް މެނުވީ ނުވެއެވެ. ކޮންމެ أمّة އަކަށްވެސް މުއްދަތެއްވެއެވެ. އެމީހުންގެ އެމުއްދަތު ހަމަހަމަވުމުން ދެންހަމަ ކުޑަތަންކޮޅެއް ލަސްނުވެއެވެ. އަދި އެވަގުތުގެ ކުރިން ތަންކޮޅެއް އަވަސްވެސް ނުވެއެވެ.

Verse 50

قُلْ أَرَءَيْتُمْ إِنْ أَتَىٰكُمْ عَذَابُهُۥ بَيَـٰتًا أَوْ نَهَارًا مَّاذَا يَسْتَعْجِلُ مِنْهُ ٱلْمُجْرِمُونَ

Transliteration qul ara-aytum in atākum ʿadhābuhu bayātan aw nahāran mādhā yastaʿjilu min'hu l-muj'rimūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެ عذاب ކަލޭމެނަށް ރޭގަނޑު ނުވަތަ ދުވާލު އަތުވެއްޖެއްޔާ ދެން مجرم ން އެ عذاب ތެރެއިން އަވަސްވުމަށް އެދޭނީ ކޮންއެއްޗެއްބާވައެވެ؟

Verse 51

أَثُمَّ إِذَا مَا وَقَعَ ءَامَنتُم بِهِۦٓ ۚ ءَآلْـَٔـٰنَ وَقَدْ كُنتُم بِهِۦ تَسْتَعْجِلُونَ

Transliteration athumma idhā mā waqaʿa āmantum bihi āl'āna waqad kuntum bihi tastaʿjilūna

Dhivehi އެ عذاب ތެދުކޮށް އެއަށް إيمان ވާންވީ ކަލޭމެންނަށް އެ عذاب އައުމުން ދެން އެހިނދުން ހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންވަނީ އެ عذاب އައުން އަވަސްވުމަށް އެދިފައެވެ.

Verse 52

ثُمَّ قِيلَ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلْخُلْدِ هَلْ تُجْزَوْنَ إِلَّا بِمَا كُنتُمْ تَكْسِبُونَ

Transliteration thumma qīla lilladhīna ẓalamū dhūqū ʿadhāba l-khul'di hal tuj'zawna illā bimā kuntum taksibūna

Dhivehi ދެން އެހިނދުން އަނިޔާވެރިންނަށް يعني: مشرك ންނަށް އެންގޭނެއެވެ. ދެމިހުންނަނިވި عذاب ގެރަހަ ކަލޭމެން ލިބިގަންނާށެވެ. ކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީ ނުބައި ކަންތަކުގެ ސަބަބުން މެނުވީ ކަލޭމެންނަށް عذاب ލިބޭކަމުގައި އެބަވޭހެއްޔެވެ؟ (އެބަހީ: ކަލޭމެނަށް عذاب ތިޔަލިބެނީ އޭގެ ސަބަބުންނެވެ.)

Verse 53

۞ وَيَسْتَنۢبِـُٔونَكَ أَحَقٌّ هُوَ ۖ قُلْ إِى وَرَبِّىٓ إِنَّهُۥ لَحَقٌّ ۖ وَمَآ أَنتُم بِمُعْجِزِينَ

Transliteration wayastanbiūnaka aḥaqqun huwa qul ī warabbī innahu laḥaqqun wamā antum bimuʿ'jizīna

Dhivehi (އޭ رسول ﷲ އެވެ!) އެމީހުން ކަލޭގެފާނުންނާއި ސުވާލުކޮށް އަހާނެއެވެ. ކަލޭގެފާނު ތިޔަވިދާޅުވާ ކަންތައް އެއީ ހަމަ حقّ ތެދުތޯއެވެ؟ (އެއީ قيامة އައުމާއި ހިސާބުބައްލަވާ / ޖަޒާ ދެއްވާ، މިއީ ހަމަ حقّ ތެދުތޯއެވެ؟) ކަލޭގެފާނު ވިދާޅުވާށެވެ! އާއެކެވެ. ތިމަންކަލޭގެފާނުންގެ ربّ ގަންދެއްވައި ވިދާޅުވަމެވެ. އެއީ ހަމަކަނޑައެޅިގެން حقّ ތެދެވެ. (އަދި އެކަންކަން ﷲ ހިންގަވާއިރަކުން އެކަލާނގެ އެކަންކަން ކުރެއްވިޔަނުދީ) ނުކުޅައްދައިލެވޭނެ ބަޔަކުކަމުގައި ކަލޭމެން ނުވެއެވެ.

Verse 54

وَلَوْ أَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِى ٱلْأَرْضِ لَٱفْتَدَتْ بِهِۦ ۗ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ ۖ وَقُضِىَ بَيْنَهُم بِٱلْقِسْطِ ۚ وَهُمْ لَا يُظْلَمُونَ

Transliteration walaw anna likulli nafsin ẓalamat mā fī l-arḍi la-if'tadat bihi wa-asarrū l-nadāmata lammā ra-awū l-ʿadhāba waquḍiya baynahum bil-qis'ṭi wahum lā yuẓ'lamūna

Dhivehi އަދި ކާފަރުވެއްޖެ ކޮންމެ نفس އަކަށް (އެ نفس އެއް عذاب ން ސަލާމަތްވުމަށްޓަކައި فدية ދޭން) ބިމުގައިވާހާތަކެތި ލިބިގެންވީނަމަވެސް އެ عذاب އެމީހުން ދެކޭހިނދު އެމީހުން އެތަކެތީން فدية ދިނީހެވެ. އަދި އެމީހުން ހިތާމަ ވަންހަނާކޮށް ސިއްރުކުރާނެއެވެ. (އެއީ އެމީހުންގެ ދަށުގައިވާ ދެރަމީހުންނަށް ނާންގާންކަމަށެވެ.) އަދި އެމީހުންގެމެދުގައި - އެބަހީ ކާފަރުކަމުގައި މަތިހަށިނެގި މީހުންނާއި އެމީހުންނާއި تبع ވީމީހުންގެމެދުގައި - عدل ވެރިގޮތުގައި ނިޔާކަނޑައެޅި ނިމޭނެއެވެ. އަދި އެމީހުންނަށް (އިތުރު) އެއްވެސް އަނިޔާއެއް ނުވެވޭނެއެވެ.

Verse 55

أَلَآ إِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ أَلَآ إِنَّ وَعْدَ ٱللَّهِ حَقٌّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

Transliteration alā inna lillahi mā fī l-samāwāti wal-arḍi alā inna waʿda l-lahi ḥaqqun walākinna aktharahum lā yaʿlamūna

Dhivehi ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާތަކެތި ملك ވެވޮޑިގެންވަނީ ހަމަ ﷲ އަށެވެ. (އެހެންވީއިރު ކާފަރުން فدية ދޭނެ އެއްޗެއް އޭނާއަށްވާނީ ކޮންފަދަޔަކުންހެއްޔެވެ؟) އަދި ދަންނާށެވެ! ﷲ ގެ وعد ފުޅު އެއީ ހަމަ حقّ وعد ފުޅެކެވެ. (އެބަހީ: ކާފަރުންނަށް عذاب ދެއްވުމަށް އެކަލާނގެ ކުރައްވާފައިވާ وعد ފުޅު އެއީ ހަމަ حقّ އެވެ.) އަދި އެކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ.

Verse 56

هُوَ يُحْىِۦ وَيُمِيتُ وَإِلَيْهِ تُرْجَعُونَ

Transliteration huwa yuḥ'yī wayumītu wa-ilayhi tur'jaʿūna

Dhivehi އެކަލާނގެ ތަކެތި ދިރުއްވާ މަރުއްވައެވެ. (ކާފަރުން މަރުވުމަށްފަހު އަލުން ދިރުއްވާނީވެސް ހަމަ އެކަލާނގެއެވެ.) އަދި ކަލޭމެން އެނބުރި رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.

Verse 57

يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ

Transliteration yāayyuhā l-nāsu qad jāatkum mawʿiẓatun min rabbikum washifāon limā fī l-ṣudūri wahudan waraḥmatun lil'mu'minīna

Dhivehi އޭ މީސްތަކުންނޭވެ! ކަލޭމެންގެގާތަށް ކަލޭމެންގެ ربّ ގެ حضرة ން نصيحة އާއި وعظ އަތުވެއްޖެއެވެ. އަދި ހިތްތަކުގައިވާ جاهل ކަމުގެ ބައްޔަށްވާ شفاء އާއި އަދި مؤمن ންނަށްވާ ތެދުމަގާއި رحمة ހަމަކަށަވަރުން އަތުވެއްޖެއެވެ. އެއީ ކީރިތި قرآن އެވެ. އަދި އިސްލާމްދީނެވެ.

Verse 58

قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌ مِّمَّا يَجْمَعُونَ

Transliteration qul bifaḍli l-lahi wabiraḥmatihi fabidhālika falyafraḥū huwa khayrun mimmā yajmaʿūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (ތިމަންކަލޭގެފާނަށް ބާވައިލެއްވޭ وحي އާއި ދެންވެސް އެންމެހައި نعمة އަކީ) ﷲ ގެ فضل ވަންތަކަމާއި އެކަލާނގެ رحمة ފުޅުން ވާކަންކަމެވެ. ފަހެ އޭގެސަބަބުން އެމީހުން އުފާކުރާ ހުށިކަމެވެ. އަދި އެތަކެތި (އެބަހީ: قرآن އާއި إسلام دين) އެމީހުން އެޖަމާކުރާ މުދާތަކަށްވުރެ މާހެޔޮވެގެންވެއެވެ.

Verse 59

قُلْ أَرَءَيْتُم مَّآ أَنزَلَ ٱللَّهُ لَكُم مِّن رِّزْقٍ فَجَعَلْتُم مِّنْهُ حَرَامًا وَحَلَـٰلًا قُلْ ءَآللَّهُ أَذِنَ لَكُمْ ۖ أَمْ عَلَى ٱللَّهِ تَفْتَرُونَ

Transliteration qul ara-aytum mā anzala l-lahu lakum min riz'qin fajaʿaltum min'hu ḥarāman waḥalālan qul āllahu adhina lakum am ʿalā l-lahi taftarūna

Dhivehi ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ مشرك ންނޭވެ!) ރިޒުގުގެތެރެއިން ﷲ تعالى ކަލޭމެނަށް ދެއްވާތަކެއްޗާއިމެދު ކަލޭމެން ނިކަން خبر ދީބަލާށެވެ! އޭގެތެރެއިން ކަލޭމެން (އަމިއްލައަށް) ބައެއްތަކެތި حرام ކަމުގައި ހަދައި އަދި ބައެއްތަކެތި حلال ކަމުގައި ހަދަނީއެވެ. ކަލޭގެފާނު (އެމީހުނަށް) ވިދާޅުވާށެވެ! އެގޮތަށް އެހެން حكم ބަދަލުކުރަން ﷲ ކަލޭމެނަށް ހުއްދަދެއްވީހެއްޔެވެ؟ ނުވަތަ ކަލޭމެން ﷲ އަށް ދޮގުހަދަނީހެއްޔެވެ؟ • ދަންނައެވެ! މިބަޔަކު ބައެއްތަކެތި حرام ކޮށް އަނެއްބައިތަކެތި حلال ކޮށްހެދި ވާހަކަ أنفال ސޫރަތުގައިވެސްވެއެވެ. މިއީ ހަމަ مشرك ންކުރިކަމެކެވެ. مشرك ންނޫނެއްކަމަކު ﷲ ގެ حكم ބަދަލުކުރާމީހުންނަށް މިއާޔަތުގައި މިވާ وعيد ސީދާވާނެއެވެ. والله أعلم.

Verse 60

وَمَا ظَنُّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ يَوْمَ ٱلْقِيَـٰمَةِ ۗ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ

Transliteration wamā ẓannu alladhīna yaftarūna ʿalā l-lahi l-kadhiba yawma l-qiyāmati inna l-laha ladhū faḍlin ʿalā l-nāsi walākinna aktharahum lā yashkurūna

Dhivehi އަދި ﷲ އަށް ދޮގުހަދައިގަތްމީހުން (حلال ކުރެއްވި ތަކެތި حرام ކޮށް، حرام ކުރެއްވިތަކެތި حلال ކޮށް) ހެދިމީހުން އެމީހުންނާމެދު قيامة ދުވަހުން ﷲ ކަންތައްކުރައްވާނެކަމާމެދު އެމީހުން ހީކުރަނީ ކޮންގޮތަކަށްބާވައެވެ؟ ހަމަކަށަވަރުން ﷲ އީ (އަޅުތަކުންގެ ކުށަށް عقوبة އަވަސްނުކުރައްވާ) މީސްތަކުންނަށް އޯގާވަންތަ ކަލާނގެއެވެ. އަދި އެކަމަކު އެމީހުންކުރެ ގިނަމީހުން شكر ނުކުރެއެވެ.

Verse 61

وَمَا تَكُونُ فِى شَأْنٍ وَمَا تَتْلُوا۟ مِنْهُ مِن قُرْءَانٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ وَلَآ أَصْغَرَ مِن ذَٰلِكَ وَلَآ أَكْبَرَ إِلَّا فِى كِتَـٰبٍ مُّبِينٍ

Transliteration wamā takūnu fī shanin wamā tatlū min'hu min qur'ānin walā taʿmalūna min ʿamalin illā kunnā ʿalaykum shuhūdan idh tufīḍūna fīhi wamā yaʿzubu ʿan rabbika min mith'qāli dharratin fī l-arḍi walā fī l-samāi walā aṣghara min dhālika walā akbara illā fī kitābin mubīnin

Dhivehi އޭ رسول ﷲ އެވެ! ކަލޭގެފާނު ކަމެއްގައިވިޔަސް، އަދި قرآن ތަންކޮޅެއް ކިޔަވާ ވިދާޅުވިޔަސް އަދި ކަލޭމެންކުރާ އެއްވެސްކަމެއްކުރާއިރުވެސް އެކަމެއްގައިވާއިރު ކަލޭމެންގެ މައްޗަށް ﷲ ހެކިވެވޮޑިގެންނުވާ އެއްކަމެއްވެސް ނުވެއެވެ. (އެބަހީ: ކޮންމެކަމެއްކުރާއިރުވެސް ކަލޭމެންގެ މައްޗަށް ﷲ ހެކިވެވޮޑިގެންވެއެވެ. އަދި ބިމުގައިވިޔަސް އަދި ނުވަތަ އުޑުގައިވިޔަސް ذرّ އެއްގެ ބަރުދަނުގެ އެއްޗެއްވިޔަސް އެއެއްޗެއް ކަލޭގެފާނުންގެ رَبّ ގެ ދެނެވޮޑިގަތުމުން ވަކިވެގެން ނުވެއެވެ. އެކަލާނގެއަށް ނިވައިވެގެން ނުވެއެވެ. އަދި އެއެއްޗަކީ ކިތަންމެ ކުޑައެއްޗަކަސް އަދި ބޮޑުއެއްޗަކަސް އެއެއްޗެއް ބަޔާންވެގެންވާ ފޮތެއްގައި ލިޔެވިގެންވާ މެނުވީ ނުވެއެވެ. (އެބަހީ: ކޮންމެއެއްޗެއްވެސް ލިޔެވިގެންވެއެވެ.

Verse 62

أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

Transliteration alā inna awliyāa l-lahi lā khawfun ʿalayhim walā hum yaḥzanūna

Dhivehi ދަންނައެވެ! ހަމަކަށަވަރުން ﷲ ގެ وَلِىُّ ންގެމައްޗަށް ބިރެއްނެތެވެ. އަދި އެމީހުންނަކީ ހިތާމަކުރާނޭ ބަޔަކުކަމުގައި ނުވެއެވެ. (އެހެނީ އެމީހުންނީ ﷲ އެމީހުންނަށް ރުހިވޮޑިގެންފައިވާ ބައެކެވެ.)

Verse 63

ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ

Transliteration alladhīna āmanū wakānū yattaqūna

Dhivehi އެމީހުންނަކީ އެބަހީ: ﷲ ގެ وَلِىُّ ންނަކީ - إيمان ވީމީހުންނެވެ. އަދި ﷲ އަށް ބިރުވެތިވާމީހުންނެވެ. އެކަލާނގެއަށް تقوى ވެރިވާމީހުންނެވެ.

Verse 64

لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۚ لَا تَبْدِيلَ لِكَلِمَـٰتِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ

Transliteration lahumu l-bush'rā fī l-ḥayati l-dun'yā wafī l-ākhirati lā tabdīla likalimāti l-lahi dhālika huwa l-fawzu l-ʿaẓīmu

Dhivehi އެމީހުންނަށް ހުރީ ދުނިޔެއާއި آخرة ގައިވެސް بُشْرَى އެވެ. އުފާވެރިކަމެވެ. އަދި ﷲ ގެ كلمة ފުޅުތަކަކަށް ބަދަލުވުމެއް ނުވެއެވެ. ބޮޑުވެގެންވާ ނަސީބަކީ - كاميابى އަކީ އެއީއެވެ. (އެބަހީ: ދުނިޔޭ حياة ގައްޔާއި آخرة ގައިވެސް އުފާވެރިކަމެވެ.)

Verse 65

وَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا ۚ هُوَ ٱلسَّمِيعُ ٱلْعَلِيمُ

Transliteration walā yaḥzunka qawluhum inna l-ʿizata lillahi jamīʿan huwa l-samīʿu l-ʿalīmu

Dhivehi (އޭ رسول ﷲ އެވެ!) އެމީހުންގެ - يعني އެ مشرك ންގެ - ވާހަކަތަކުން ކަލޭގެފާނު ހިތާމަވިޔަނުދެއްވާށެވެ! ހަމަކަށަވަރުން އެންމެހައި عزّة އެއް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. ހުރިހާ ބާރެއްވަނީ އެކަލާނގެއަށެވެ. (އެމީހުންގެ ކިބައިން ބަދަލު ހިއްޕަވަން އެދިވޮޑިގެންނެވިއިރަކުން ބަދަލުހިއްޕަވާނެއެވެ. އެމީހުނަށް نصر ދޭނޭ މީހަކުވެސް ނުވާނެއެވެ.) އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 66

أَلَآ إِنَّ لِلَّهِ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ ۗ وَمَا يَتَّبِعُ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ شُرَكَآءَ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ

Transliteration alā inna lillahi man fī l-samāwāti waman fī l-arḍi wamā yattabiʿu alladhīna yadʿūna min dūni l-lahi shurakāa in yattabiʿūna illā l-ẓana wa-in hum illā yakhruṣūna

Dhivehi ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާ ބަޔަކު މިލްކުވެވޮޑިގެންވަނީ ހަމަ ﷲ އަށެވެ. އަދި ﷲ ފިޔަވައި شريك ންތަކަށް ގޮވާމީހުން އެ تبع ވަނީ ކޮންއެއްޗަކާއި ބާވައެވެ؟ ހަމަހުސްހީއަކަށްމެނުވީ އެމީހުން تبع ވާކަމުގައިނުވެއެވެ. އަދި ހަމަ خيال އެއްކޮށްލާ ބަޔަކު ކަމުގައިމެނުވީ އެމީހުން ނުވެއެވެ.

Verse 67

هُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَسْمَعُونَ

Transliteration huwa alladhī jaʿala lakumu al-layla litaskunū fīhi wal-nahāra mub'ṣiran inna fī dhālika laāyātin liqawmin yasmaʿūna

Dhivehi ކަލޭމެނަށްޓަކައި ރޭގަނޑުލެއްވީ ހަމަ އެކަލާނގެއެވެ. އެއީ (ދުވާލުގެ މަސައްކަތުގެ ވަރުބަލިކަން ފިލުވައި) ކަލޭމެން ކަލޭމެންގެ نفس ތަކަށް ހަމަޖެހުން ގެނައުމަށްޓަކައެވެ. އަދި ދުވާލު އެއީ އަލިކޮށްދޭ އެއްޗެއްކަމުގައި ލެއްވީވެސް ހަމަ އެކަލާނގެއެވެ. ހަމަކަށަވަރުން އެކަންތަކުގައިވެސް ބަސްއަހާ (އަދި فكر ކުރާ) ބަޔަކަށް ކަނޑައެޅި بيان ވެގެންވާ دليل ތައްވާކަން ކަށަވަރެވެ.

Verse 68

قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ۗ سُبْحَـٰنَهُۥ ۖ هُوَ ٱلْغَنِىُّ ۖ لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ إِنْ عِندَكُم مِّن سُلْطَـٰنٍۭ بِهَـٰذَآ ۚ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ

Transliteration qālū ittakhadha l-lahu waladan sub'ḥānahu huwa l-ghaniyu lahu mā fī l-samāwāti wamā fī l-arḍi in ʿindakum min sul'ṭānin bihādhā ataqūlūna ʿalā l-lahi mā lā taʿlamūna

Dhivehi އަދި އެމީހުން يعني: مشرك ން ބުނެއެވެ. ﷲ سبحانه وتعالى ދަރިކަލަކު إختيار ކުރައްވައިފިއެވެ. (އެފަދަ ކަންތަކުން) އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އެކަލާނގެ އެއީ އެއްވެސް مخلوق އަކާއި ނުލައި ފުދިވޮޑިގެންވާ ކަލާނގެއެވެ. އުޑުތަކާއި ބިމުގައިވާހާތަކެތި مِلْكُ ވެވޮޑިގެންވަނީ ހަމަ އެކަލާނގެއަށެވެ. (އެކަލާނގެ އެއްވެސް ދަރިކަލަކަށް ބޭނުންވެވޮޑިގެން ނުވެއެވެ.) އެހެން ކަލޭމެން ބުނުމުގެ (އެބަހީ: ﷲ އަށް ދަރިކަލަކުވެޔޭ ބުނުމުގެ) އެއްވެސް حجّة އެއް دليل އެއް ކަލޭމެންނަކަށް ނުވެއެވެ. ކަލޭމެން ފަހެ ﷲ އާއިމެދު ކަލޭމެނަށް ނޭނގޭތަކެތި ބުނަނީހެއްޔެވެ؟

Verse 69

قُلْ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ

Transliteration qul inna alladhīna yaftarūna ʿalā l-lahi l-kadhiba lā yuf'liḥūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ﷲ ގެ މައްޗަށް ދޮގުހަދައިގަންނަމީހުން ކާމިޔާބު ނުވާނެއެވެ.

Verse 70

مَتَـٰعٌ فِى ٱلدُّنْيَا ثُمَّ إِلَيْنَا مَرْجِعُهُمْ ثُمَّ نُذِيقُهُمُ ٱلْعَذَابَ ٱلشَّدِيدَ بِمَا كَانُوا۟ يَكْفُرُونَ

Transliteration matāʿun fī l-dun'yā thumma ilaynā marjiʿuhum thumma nudhīquhumu l-ʿadhāba l-shadīda bimā kānū yakfurūna

Dhivehi އެމީހުން ދުނިޔޭގައި އެތިބެނީ ދާދި ކުޑަކުޑަ އަރާމުކޮޅެއްގައެވެ. ދެން އެމީހުން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން ތިމަންރަސްކަލާނގެ އެމީހުނަށް ގަދަވެގެންވާ عذاب ގެރަހަ ދައްކާހުށީމެވެ. އެއީ އެމީހުން (ދުނިޔޭގައި) ކާފަރުވާކަމުގައިވީކަމުގެ ސަބަބުންނެވެ.

Verse 71

۞ وَٱتْلُ عَلَيْهِمْ نَبَأَ نُوحٍ إِذْ قَالَ لِقَوْمِهِۦ يَـٰقَوْمِ إِن كَانَ كَبُرَ عَلَيْكُم مَّقَامِى وَتَذْكِيرِى بِـَٔايَـٰتِ ٱللَّهِ فَعَلَى ٱللَّهِ تَوَكَّلْتُ فَأَجْمِعُوٓا۟ أَمْرَكُمْ وَشُرَكَآءَكُمْ ثُمَّ لَا يَكُنْ أَمْرُكُمْ عَلَيْكُمْ غُمَّةً ثُمَّ ٱقْضُوٓا۟ إِلَىَّ وَلَا تُنظِرُونِ

Transliteration wa-ut'lu ʿalayhim naba-a nūḥin idh qāla liqawmihi yāqawmi in kāna kabura ʿalaykum maqāmī watadhkīrī biāyāti l-lahi faʿalā l-lahi tawakkaltu fa-ajmiʿū amrakum washurakāakum thumma lā yakun amrukum ʿalaykum ghummatan thumma iq'ḍū ilayya walā tunẓirūni

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެ مشرك ންނަށް نوح عليه السّلام ގެ ވާހަކަ ކިޔަވާވިދާޅުވެދެއްވާށެވެ! އެއީ އެކަލޭގެފާނުން އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދުންނެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! (ކަލޭމެންގެމެދުގައި) ތިމަންކަލޭގެފާނުންގެ مقام އާއި ދަރަޖަ އަދި ކަލޭމެނަށް ތިމަންކަލޭގެފާނު ﷲ ގެ އާޔަތްތައް ކިޔަވައިވިދާޅުވެދެއްވާ ހަނދާންކޮށްދެއްވުމާއި މިކަންކަން ކަލޭމެންގެމައްޗަށް ބޮޑުކަމަކަށް ވެއްޖެއްޔާ، ދެން އެކަމާހެދި ކަލޭމެން ތިމަންކަލޭގެފާނު قتل ކުރުމަށް ނުވަތަ ރަށުންބޭރުކޮށް ފައްސައިލުމަށް قصد ކޮށްފިއްޔާ) ތިމަންކަލޭގެފާނު މި وكيل ކުރީ ހަމައެކަނި ﷲ އާއިއެވެ. ދެން އަދި ކަލޭމެންކުރާން قصد ކުރާކަމެއްކުރުމަށް ތައްޔާރުކޮށް އަދި އެކަމުގައި އެހީވުމަށް ކަލޭމެންގެ ބައިވެރިންތަކަށްވެސް ގޮވާހަދާށެވެ! ދެން ކަލޭމެންގެ ކަންތައް ކަލޭމެންގެމައްޗަށް އޮޅިގެން، ވާނުވާ ނޭނގޭގޮތަށް ނުހަދައި ރަނގަޅަށް ވިސްނައިތިބެގެން ތިމަންކަލޭގެފާނު ހަލާކުކޮށްލާށެވެ! އަދި ތިމަންކަލޭގެފާނަށް އެއްވެސް ތަންވަޅެއް ނުދީ ނިންމައިލާށެވެ!

Verse 72

فَإِن تَوَلَّيْتُمْ فَمَا سَأَلْتُكُم مِّنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ

Transliteration fa-in tawallaytum famā sa-altukum min ajrin in ajriya illā ʿalā l-lahi wa-umir'tu an akūna mina l-mus'limīna

Dhivehi ފަހެ ކަލޭމެން (ތިމަންކަލޭގެފާނާއި تبع ނުވެ) އެނބުރި ފުރަގަސްދީފިއްޔާވެސް ތިމަންކަލޭގެފާނު ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް - ޓެކްހަކަށް - ނޭދެމެވެ. ތިމަންކަލޭގެފާނަށް އޮތް ދަރުމަޔަކާ އުޖޫރައެއް ﷲ ގެ حضرة ންމެނުވީ ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ ތިމަންކަލޭގެފާނު ކިޔަމަންތެރީންގެތެރެއިން ވުމަށެވެ.

Verse 73

فَكَذَّبُوهُ فَنَجَّيْنَـٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ وَجَعَلْنَـٰهُمْ خَلَـٰٓئِفَ وَأَغْرَقْنَا ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُنذَرِينَ

Transliteration fakadhabūhu fanajjaynāhu waman maʿahu fī l-ful'ki wajaʿalnāhum khalāifa wa-aghraqnā alladhīna kadhabū biāyātinā fa-unẓur kayfa kāna ʿāqibatu l-mundharīna

Dhivehi ދެންފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާ އަދި އެކަލޭގެފާނާއިއެކު ނަވުގައި ތިބިމީހުން ސަލާމަތްކުރެއްވީމެވެ. އަދި އެމީހުން يعني: ނަވުގައިތިބިމީހުން އެއީ ދެން އޭގެފަހުން ދުނިޔޭގައި އުޅޭނެމީހުންކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ތިމަންރަސްކަލާނގެ ކަނޑުގައި غرق ކުރެއްވީމެވެ. އިންޒާރުކުރެވުނު މީހުންގެ ނިމުން އެމީހުންގެ حياة ގެފަހުކޮޅު ވެގެންދިޔައީ ކޮންފަދައަކުންކަން ނިކަން ދެކެވަޑައިގަންނަވާށެވެ! (އެ طوفان ގައި މުޅިދުނިޔޭގެ އެންމެހައި ކާފަރުންނާ مشرك ން މަރުވެގެން ދިޔައީއެވެ. ބާކީތިބީ ހަމައެކަނި އެނައުކޮޅުގައިތިބި مُؤمِنُންނެވެ.)

Verse 74

ثُمَّ بَعَثْنَا مِنۢ بَعْدِهِۦ رُسُلًا إِلَىٰ قَوْمِهِمْ فَجَآءُوهُم بِٱلْبَيِّنَـٰتِ فَمَا كَانُوا۟ لِيُؤْمِنُوا۟ بِمَا كَذَّبُوا۟ بِهِۦ مِن قَبْلُ ۚ كَذَٰلِكَ نَطْبَعُ عَلَىٰ قُلُوبِ ٱلْمُعْتَدِينَ

Transliteration thumma baʿathnā min baʿdihi rusulan ilā qawmihim fajāūhum bil-bayināti famā kānū liyu'minū bimā kadhabū bihi min qablu kadhālika naṭbaʿu ʿalā qulūbi l-muʿ'tadīna

Dhivehi ދެން އެކަލޭގެފާނަށްފަހު ކިތައްމެ رسول ބޭކަލުންނެއް އެބޭބޭކަލުންގެ قوم އަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ފަހެ بيان ވެގެންވާ حجّة އާއި دليل އާއިގެން އެބޭކަލުން އެބައިމީހުންގެގާތަށް ވަޑައިގެންނެވިއެވެ. ފަހެ އެފަދަމީހުން އޭގެކުރީ ދޮގުކުރިކަންތަކަށް إيمان ވީބަޔަކުކަމުގައި ނުވިއެވެ. ހައްދުފަހަނަޅައިގަތްމީހުންގެ ހިތްތަކުގެމަތީގައި ތިމަންރަސްކަލާނގެ ސިއްކަޖައްސަވަނީ އެފަދައިންނެވެ.

Verse 75

ثُمَّ بَعَثْنَا مِنۢ بَعْدِهِم مُّوسَىٰ وَهَـٰرُونَ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ بِـَٔايَـٰتِنَا فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا مُّجْرِمِينَ

Transliteration thumma baʿathnā min baʿdihim mūsā wahārūna ilā fir'ʿawna wamala-ihi biāyātinā fa-is'takbarū wakānū qawman muj'rimīna

Dhivehi އެބޭބޭކަލުންނަށްފަހު ދެން ތިމަންރަސްކަލާނގެ موسى އާއި هارُون (عليهما السّلام) رسول ކަމާއިގެން فرعون އާއި އޭނާގެ ބޮޑުންގެގާތަށް ފޮނުއްވީމެވެ. އެބޭކަލުން ވަޑައިގެންނެވީ ތިމަންރަސްކަލާނގެ އާޔަތްތަކާއި معجزة ތަކާއިގެންނެވެ. ދެންފަހެ އެމީހުން ބޮޑާވެގެންފިއެވެ. كِبر ވެރިވެގެންފިއެވެ. އެމީހުންވީ مجرم ންކަމުގައެވެ. ފާފަވެރިން ކަމުގައެވެ.

Verse 76

فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوٓا۟ إِنَّ هَـٰذَا لَسِحْرٌ مُّبِينٌ

Transliteration falammā jāahumu l-ḥaqu min ʿindinā qālū inna hādhā lasiḥ'run mubīnun

Dhivehi ދެންފަހެ އެމީހުންގެގާތަށް ތިމަންރަސްކަލާނގެ حضرة ން حقّ އައިހިނދުން. (އެބަހީ: موسى عليه السّلام އެގޮވާލައްވާ ގޮވައިލެއްވުމަކީ ތިމަންރަސްކަލާނގެ حضرة ންވާ حقّ ގޮވާލެއްވުމެއްކަމުގެ دليل އާއި حجّة އައިހިނދުން) އެމީހުން ބުންޏެވެ. ހަމަކަށަވަރުން މިއީ ބަޔާންވެގެންވާ سحر އެކެވެ.

Verse 77

قَالَ مُوسَىٰٓ أَتَقُولُونَ لِلْحَقِّ لَمَّا جَآءَكُمْ ۖ أَسِحْرٌ هَـٰذَا وَلَا يُفْلِحُ ٱلسَّـٰحِرُونَ

Transliteration qāla mūsā ataqūlūna lil'ḥaqqi lammā jāakum asiḥ'run hādhā walā yuf'liḥu l-sāḥirūna

Dhivehi موسى (عليه السّلام) ވިދާޅުވިއެވެ. ކަލޭމެންގެގާތަށް حقّ އައިހިނދުން ކަލޭމެން ތިޔަބުނަނީ އެއީ سحر އެއްކަމަށްހެއްޔެވެ؟ (އެހެންކަމަށްވަންޏާ) ހަމަ يقين ންވެސް سحر ވެރިންނަށް ކާމިޔާބު ނުވާނެއެވެ.

Verse 78

قَالُوٓا۟ أَجِئْتَنَا لِتَلْفِتَنَا عَمَّا وَجَدْنَا عَلَيْهِ ءَابَآءَنَا وَتَكُونَ لَكُمَا ٱلْكِبْرِيَآءُ فِى ٱلْأَرْضِ وَمَا نَحْنُ لَكُمَا بِمُؤْمِنِينَ

Transliteration qālū aji'tanā litalfitanā ʿammā wajadnā ʿalayhi ābāanā watakūna lakumā l-kib'riyāu fī l-arḍi wamā naḥnu lakumā bimu'minīna

Dhivehi އެމީހުން ދެންނެވިއެވެ. (އޭ موسى އެވެ!) ކަލޭގެފާނު އަހުރެމެންގެގާތަށް ތިޔަވަޑައިގެންނެވީ އަހުރެމެންގެ ކާބަފައިން އެގޮތެއްގެމަތީގައި ވަނިކޮށް އަހުރެމެން ދުއްގޮތުން (އެކަންތަކުން) އަހުރެމެން އަނބުރުވާލައްވަން ހެއްޔެވެ؟ ބުދަށް އަޅުކަންކުރުމުން އަހުރެމެން ހުއްޓުވާންހެއްޔެވެ؟ އަދި ކަލޭމެން ދެމީހުންނަށް (އެބަހީ: موسى އާއި هارون عليهما السّلام ދެމީހުނަށް) ބިންމަތީގައި ބޮޑުކަމާއި ވެރިކަން އޮތުމަށްހެއްޔެވެ؟ ތިޔަދެމީހުންނަށް إيمان ވާނޭ ބަޔަކުކަމުގައި އަހުރެމެން ނުވަމުއެވެ.

Verse 79

وَقَالَ فِرْعَوْنُ ٱئْتُونِى بِكُلِّ سَـٰحِرٍ عَلِيمٍ

Transliteration waqāla fir'ʿawnu i'tūnī bikulli sāḥirin ʿalīmin

Dhivehi އަދި فرعون ބުންޏެވެ. سحر ދަންނަ ހުރިހާ سحر ވެރިން އަހުރެންގާތަށް ކަލޭމެން ގެންނާށެވެ! (ދެން فرعون އަންގައިގެން އެރާއްޖޭގެ އެންމެހައި سحرވެރިން ގެނުވައި ޖަމާކުރުވައިފިއެވެ.)

Verse 80

فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ

Transliteration falammā jāa l-saḥaratu qāla lahum mūsā alqū mā antum mul'qūna

Dhivehi ދެންފަހެ سحر ވެރިން އައިހިނދުން موسى عليه السّلام އެމީހުންނަށް ވިދާޅުވިއެވެ. (سحر ގެގޮތުން) ކަލޭމެން އުކާނޭ އެއްޗެއް ކަލޭމެން (ميدان އަށް) އުކާށެވެ!

Verse 81

فَلَمَّآ أَلْقَوْا۟ قَالَ مُوسَىٰ مَا جِئْتُم بِهِ ٱلسِّحْرُ ۖ إِنَّ ٱللَّهَ سَيُبْطِلُهُۥٓ ۖ إِنَّ ٱللَّهَ لَا يُصْلِحُ عَمَلَ ٱلْمُفْسِدِينَ

Transliteration falammā alqaw qāla mūsā mā ji'tum bihi l-siḥ'ru inna l-laha sayub'ṭiluhu inna l-laha lā yuṣ'liḥu ʿamala l-muf'sidīna

Dhivehi ދެންފަހެ އެމީހުން އެތަކެތި އުކައިލިހިނދުން موسى عليه السّلام ވިދާޅުވިއެވެ. سحر ގެގޮތުން ކަލޭމެން ގެނައިހާ އެއްޗެއް (ކުރިހާކަމެއް) ހަމަކަށަވަރުން ނިކަންހުރެ ﷲ تعالى باطل ކުރައްވާހުއްޓެވެ. އަދި ހަމަކަށަވަރުން فاسد ކުރާމީހުންގެ ޢަމަލު ﷲ تعالى ޞުލްޙަ ނުކުރައްވާހުއްޓެވެ.

Verse 82

وَيُحِقُّ ٱللَّهُ ٱلْحَقَّ بِكَلِمَـٰتِهِۦ وَلَوْ كَرِهَ ٱلْمُجْرِمُونَ

Transliteration wayuḥiqqu l-lahu l-ḥaqa bikalimātihi walaw kariha l-muj'rimūna

Dhivehi އަދި ﷲ تعالى އެކަލާނގެ كلمة ފުޅުން (أمر ފުޅުން) حقّ ސާބިތުކުރައްވައެވެ. مجرم ން (ފާފަވެރި އުރެދުންތެރިން) ނުރުހުނަސްވެސްމެއެވެ.

Verse 83

فَمَآ ءَامَنَ لِمُوسَىٰٓ إِلَّا ذُرِّيَّةٌ مِّن قَوْمِهِۦ عَلَىٰ خَوْفٍ مِّن فِرْعَوْنَ وَمَلَإِي۟هِمْ أَن يَفْتِنَهُمْ ۚ وَإِنَّ فِرْعَوْنَ لَعَالٍ فِى ٱلْأَرْضِ وَإِنَّهُۥ لَمِنَ ٱلْمُسْرِفِينَ

Transliteration famā āmana limūsā illā dhurriyyatun min qawmihi ʿalā khawfin min fir'ʿawna wamala-ihim an yaftinahum wa-inna fir'ʿawna laʿālin fī l-arḍi wa-innahu lamina l-mus'rifīna

Dhivehi ފަހެ موسى عليه السّلام އަށް އެކަލޭގެފާނުންގެ قوم ން މަދުބަޔަކުމެނުވީ (އެންމެ ދަރިކޮޅެއް މެނުވީ) އެކަލޭގެފާނަށް إيمان ނުވެއެވެ. އެއީ فرعون އާއި އަދި އެ إيمان ވީމީހުންގެ ބޮޑެތިމީހުންދެކެ ބިރުންނެވެ. އެއީ އެމީހުން (إيمان ވީކަން އެނގިއްޖެނަމަ) އެބޮޑެތިމީހުން فتنة ކޮށްފާނެކަމުގެ ބިރަށްވެސް މެއެވެ. ހަމަކަށަވަރުން فرعون ބިމުގައި ބޮޑާވެ كِبر ވެރިވެއްޖެކަންކަށަވަރެވެ. އަދި އޭނާވީ ހަމަކަށަވަރުން ހައްދުފަހަނަޅައިގަތްމީހުންގެ ތެރެއިންނެވެ.

Verse 84

وَقَالَ مُوسَىٰ يَـٰقَوْمِ إِن كُنتُمْ ءَامَنتُم بِٱللَّهِ فَعَلَيْهِ تَوَكَّلُوٓا۟ إِن كُنتُم مُّسْلِمِينَ

Transliteration waqāla mūsā yāqawmi in kuntum āmantum bil-lahi faʿalayhi tawakkalū in kuntum mus'limīna

Dhivehi موسى عليه السّلام ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނެވެ! ކަލޭމެން ﷲ އަށް إيمان ވެގެންވަންޏާ ފަހެ ކަނޑައެޅިގެން އެކަލާނގެއަށް ކަލޭމެން وكيل ކުރާށެވެ! ކަލޭމެން ﷲ އަށް ކިޔަމަންތެރިވެގެންވަންޏާއެވެ.

Verse 85

فَقَالُوا۟ عَلَى ٱللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ ٱلظَّـٰلِمِينَ

Transliteration faqālū ʿalā l-lahi tawakkalnā rabbanā lā tajʿalnā fit'natan lil'qawmi l-ẓālimīna

Dhivehi އެމީހުން ދެންނެވިއެވެ. އަހުރެމެން وكيل ކޮށް ބަރޯސާކުރަނީ ހަމަ ﷲ އަށެވެ. އޭ އަޅަމެންގެ ربّ އެވެ! އަނިޔާވެރިވެގެންވާ މީސްތަކުންނަށް فتنة އެއްކަމުގައި އަޅަމެން ނުލައްވާންދޭވެ! (އެމީހުން އަޅަމެން فتنة ވެރިކުރިޔަނުދެއްވާށެވެ! إمتحان ނުކުރައްވާނދޭވެ!)

Verse 86

وَنَجِّنَا بِرَحْمَتِكَ مِنَ ٱلْقَوْمِ ٱلْكَـٰفِرِينَ

Transliteration wanajjinā biraḥmatika mina l-qawmi l-kāfirīna

Dhivehi އަދި އިބަރަސްކަލާނގެ رحمة ފުޅުން ކާފަރު قوم ގެކިބައިން އަޅަމެން ސަލާމަތްކުރައްވާނދޭވެ.

Verse 87

وَأَوْحَيْنَآ إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّءَا لِقَوْمِكُمَا بِمِصْرَ بُيُوتًا وَٱجْعَلُوا۟ بُيُوتَكُمْ قِبْلَةً وَأَقِيمُوا۟ ٱلصَّلَوٰةَ ۗ وَبَشِّرِ ٱلْمُؤْمِنِينَ

Transliteration wa-awḥaynā ilā mūsā wa-akhīhi an tabawwaā liqawmikumā bimiṣ'ra buyūtan wa-ij'ʿalū buyūtakum qib'latan wa-aqīmū l-ṣalata wabashiri l-mu'minīna

Dhivehi އަދި موسى އާއި އެކަލޭގެފާނުންގެ أخ އާއަށް (عليهما السّلام) ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ތިޔައިގެދެކަލުން مصر ގައި ގެތަކެއް ނުވަތަ މިސްކިތްތަކެއް ތިޔަދެކަލުންގެ قوم ގެ މީހުންނަށްޓަކައި إختيار ކުރައްވާށެވެ! ހައްދަވާށެވެ! އަދި އެގެތައް قبلة އަށްވާގޮތަށް ހައްދަވާށެވެ! (އެއީ ބިރުވެތިވާވަޤުތު ނަމާދު ކުރެވޭގޮތަށެވެ.) އަދި ނަމާދު قائم ކުރައްވާށެވެ! އަދި مؤمن ންނަށް (ކިޔަމަންތެރިންނަށް) އުފާވެރިކަމުގެ خبر ދެއްވާށެވެ!

Verse 88

وَقَالَ مُوسَىٰ رَبَّنَآ إِنَّكَ ءَاتَيْتَ فِرْعَوْنَ وَمَلَأَهُۥ زِينَةً وَأَمْوَٰلًا فِى ٱلْحَيَوٰةِ ٱلدُّنْيَا رَبَّنَا لِيُضِلُّوا۟ عَن سَبِيلِكَ ۖ رَبَّنَا ٱطْمِسْ عَلَىٰٓ أَمْوَٰلِهِمْ وَٱشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا۟ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ

Transliteration waqāla mūsā rabbanā innaka ātayta fir'ʿawna wamala-ahu zīnatan wa-amwālan fī l-ḥayati l-dun'yā rabbanā liyuḍillū ʿan sabīlika rabbanā iṭ'mis ʿalā amwālihim wa-ush'dud ʿalā qulūbihim falā yu'minū ḥattā yarawū l-ʿadhāba l-alīma

Dhivehi އަދި موسى عليه السّلام ދެންނެވިއެވެ. އޭ އަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ فرعون އަށާއި އޭނާގެ قوم ގެބޮޑުންނަށް ދުނިޔޭގެ ޙަޔާތުގައި زينة ތެރިކަމާއި ގިނަ މުދާ ދެއްވައިފީމުއެވެ. އޭ އަޅަމެންގެ ربّ އެވެ! އެމީހުން އެމުދަލުން މީސްތަކުން އިބަރަސްކަލާނގެ ސީދާމަގުން ދުރުކޮށް ފުރައްދައިހަދަނީއެވެ. އޭ އަޅަމެންގެ ربّ އެވެ! އެމީހުންގެ މުދާތައް ނެތިކުރައްވައި ހަލާކުކުރައްވާނދޭވެ! އަދި އެމީހުންގެ ހިތްތައް ހަރުކަށިކުރައްވައި ގަދަކުރައްވާނދޭވެ! (އެއީ إيمان ކަމަށް ދެން ނުހުޅުވޭނޭ ގޮތުންނެވެ.) ވޭންދެނިވި عذاب ނުފެންނަނީސް ދެން އެމީހުން އީމާން ނުވާނެއެވެ.

Verse 89

قَالَ قَدْ أُجِيبَت دَّعْوَتُكُمَا فَٱسْتَقِيمَا وَلَا تَتَّبِعَآنِّ سَبِيلَ ٱلَّذِينَ لَا يَعْلَمُونَ

Transliteration qāla qad ujībat daʿwatukumā fa-is'taqīmā walā tattabiʿānni sabīla alladhīna lā yaʿlamūna

Dhivehi ﷲ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ތިޔައިގެދެކަލުންގެ دعاء، ﷲ އިޖާބަކުރައްވައިފިއެވެ. ފަހެ ތިޔައިގެ ދެކަލުން ސީދާމަގުގައި (ކިޔަމަންތެރިކަމާއިއެކު) ތިއްބަވާށެވެ! އަދި ކަންކަމުގެ ޙަޤީޤަތް ނުދަންނަ މީހުންގެގޮތާއި ތިޔައިގެ ދެކަލުން تبع ވެވަޑައި ނުގަންނަވާށެވެ!

Verse 90

۞ وَجَـٰوَزْنَا بِبَنِىٓ إِسْرَٰٓءِيلَ ٱلْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُۥ بَغْيًا وَعَدْوًا ۖ حَتَّىٰٓ إِذَآ أَدْرَكَهُ ٱلْغَرَقُ قَالَ ءَامَنتُ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱلَّذِىٓ ءَامَنَتْ بِهِۦ بَنُوٓا۟ إِسْرَٰٓءِيلَ وَأَنَا۠ مِنَ ٱلْمُسْلِمِينَ

Transliteration wajāwaznā bibanī is'rāīla l-baḥra fa-atbaʿahum fir'ʿawnu wajunūduhu baghyan waʿadwan ḥattā idhā adrakahu l-gharaqu qāla āmantu annahu lā ilāha illā alladhī āmanat bihi banū is'rāīla wa-anā mina l-mus'limīna

Dhivehi އަދި ތިމަންރަސްކަލާނގެ بني إسرائيل މީހުން ކަނޑު ކަޑައްތުކުރައްވައި (ހުރަސްކުރެވޭނެގޮތް ހައްދަވައިދެއްވީމެވެ.) ދެންފަހެ އެމީހުންގެފަހަތުން އެމީހުންނާއި تبع ކޮށް فرعون އާއި އޭނާގެ ސިފައިން ދެކޮޅުވެރިކަމާއި عداوة ތެރިކަމުގެގޮތުން އައެވެ. ދެން އެ فرعون ކަނޑުގެތެރޭގައި غرق ވާން ގާތްވާހިސާބަށް ދިއުމުން އޭނާ ދެންނެވިއެވެ. بني إسرائيل ން އީމާންވެގެން އެވާ ކަލާނގެ މެނުވީ އެހެން إله އަކުނުވާކަމަށް އަހުރެން إيمان ވެއްޖައީމެވެ. ތެދުކޮށްފީމެވެ. އަދި އަހުރެންވަނީ مسلم ންގެ ތެރެއިންނެވެ. ކިޔަމަންތެރީންގެތެރެއިންނެވެ.

Verse 91

ءَآلْـَٔـٰنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ ٱلْمُفْسِدِينَ

Transliteration āl'āna waqad ʿaṣayta qablu wakunta mina l-muf'sidīna

Dhivehi (އޭގެ ޖަވާބުގައި ﷲ وحي ކުރެއްވިއެވެ.) ކަލޭ އީމާންވާންވީ މިހާރުހެއްޔެވެ؟ އަދި ހަމަކަށަވަރުން ކަލޭވަނީ މީގެކުރީގައި އުރެދިފައެވެ. އަދި ކަލޭވީ فَاسد ންގެ ތެރެއިންނެވެ.

Verse 92

فَٱلْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ ءَايَةً ۚ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ عَنْ ءَايَـٰتِنَا لَغَـٰفِلُونَ

Transliteration fal-yawma nunajjīka bibadanika litakūna liman khalfaka āyatan wa-inna kathīran mina l-nāsi ʿan āyātinā laghāfilūna

Dhivehi ފަހެ ތިމަންރަސްކަލާނގެ މިއަދު ކަލޭގެ ހަށިގަނޑު ފަހުން އަންނަމީހުންނަށް دليل އަކަށް عبرة އަކަށް ވުމަށް ސަލާމަތްކުރައްވާހުށީމެވެ. އަދި ހަމަކަށަވަރުން މީސްތަކުންކުރެ ވަރަށްގިނަމީހުން ތިމަންރަސްކަލާނގެ އާޔަތްތަކަށް غافل ވެގެންވެއެވެ.

Verse 93

وَلَقَدْ بَوَّأْنَا بَنِىٓ إِسْرَٰٓءِيلَ مُبَوَّأَ صِدْقٍ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ فَمَا ٱخْتَلَفُوا۟ حَتَّىٰ جَآءَهُمُ ٱلْعِلْمُ ۚ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ

Transliteration walaqad bawwanā banī is'rāīla mubawwa-a ṣid'qin warazaqnāhum mina l-ṭayibāti famā ikh'talafū ḥattā jāahumu l-ʿil'mu inna rabbaka yaqḍī baynahum yawma l-qiyāmati fīmā kānū fīhi yakhtalifūna

Dhivehi އަދި ހަމަކަށަވަރުން بني إسرائيل ން ތެދުވެރިވެގެންވާ ތަނަކަށް - މަންޒިލަކަށް ތިމަންރަސްކަލާނގެ ބޭލުއްވީމެވެ. (އެއީ شام ކަރަޔާއި بيت المقدس ކަމުގައިވިއެވެ.) އަދި ރަނގަޅު حلال ރިޒުގު ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވީމެވެ. ދެންފަހެ އެމީހުންގެގާތަށް علم އަތުވެއްޖައުމަށްދާންދެން އެމީހުން إختلاف ނުވެއެވެ. (يعني: بني إسرائيل ންގެ މެދުގައި محمّد ގެފާނުން رسول ކަމާއިގެން ފޮނުއްވާނެކަމުގެ معلومات އަދި އެކަލޭގެފާނުންގެ ސިފަފުޅުތަކަށްދާންދެން އެމީހުންގެމެދުގައި مشهور ވެގެންވެއެވެ. އެކަމާމެދު އެމީހުންގެ މެދުގައި ދެބަސްވުމެއް إختلاف ވުމެއްނެތެވެ. ދެން އެމީހުންގާތަށް އެކަލޭގެފާނު ވަޑައިގަތުމުން އެމީހުން ދެބަސްވެ إختلاف ވީއެވެ. والله أعلم) ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ قيامة ދުވަހުން އެމީހުންގެ މެދުގައި އެމީހުން އެކަމާމެދު ދެބަސްވެ އަދި إختلاف ވާކަމުގައި ވީކަންތަކާމެދު ނިޔާކުރައްވާ ހުއްޓެވެ.

Verse 94

فَإِن كُنتَ فِى شَكٍّ مِّمَّآ أَنزَلْنَآ إِلَيْكَ فَسْـَٔلِ ٱلَّذِينَ يَقْرَءُونَ ٱلْكِتَـٰبَ مِن قَبْلِكَ ۚ لَقَدْ جَآءَكَ ٱلْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ

Transliteration fa-in kunta fī shakkin mimmā anzalnā ilayka fasali alladhīna yaqraūna l-kitāba min qablika laqad jāaka l-ḥaqu min rabbika falā takūnanna mina l-mum'tarīna

Dhivehi އޭ رسول ﷲ އެވެ! ފަހެ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ وحي އާއިމެދު ކަލޭގެފާނު ޝައްކެއްގައިވަންޏާ ފޮތްކިޔަވާމީހުންނާ އެބަހީ: ކަލޭގެފާނުންގެ ކުރިން ބާވައިލެއްވުނު ފޮތްކިޔަވާ يهودي ންކުރެން ނިކަން އައްސަވައިބައްލަވާށެވެ! އެއީ عبد ﷲ بْنُ سَلاَم ފަދަ ބޭކަލުންނެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ ގެ حضرة ން ކަލޭގެފާނަށް حقّ އަތުވެއްޖެއެވެ. (يقينُ ންވެސް ތިޔައީ رسول އެއްކަމުގެ حقّ އަތުވެއްޖެއެވެ.) ފަހެ ޝައްކުކުރާމީހުންގެތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!

Verse 95

وَلَا تَكُونَنَّ مِنَ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ فَتَكُونَ مِنَ ٱلْخَـٰسِرِينَ

Transliteration walā takūnanna mina alladhīna kadhabū biāyāti l-lahi fatakūna mina l-khāsirīna

Dhivehi އަދި ﷲ ގެ އާޔަތްތައް ދޮގުކުރިމީހުންގެތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! ފަހެ އޭރުން ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިން ކަލޭގެފާނު ވެވަޑައިގެންފާނެއެވެ.

Verse 96

إِنَّ ٱلَّذِينَ حَقَّتْ عَلَيْهِمْ كَلِمَتُ رَبِّكَ لَا يُؤْمِنُونَ

Transliteration inna alladhīna ḥaqqat ʿalayhim kalimatu rabbika lā yu'minūna

Dhivehi ހަމަކަށަވަރުން އެބައެއްގެމައްޗަށް ކަލޭގެފާނުންގެ ربّ ގެ كلمة ފުޅު - (لَعْنَة ގެ كلمة ފުޅު - ނުވަތަ عذاب ގެ كلمة ފުޅު) حقّ ވެއްޖެބަޔަކު إيمان އެއް ނުވާނެއެވެ.

Verse 97

وَلَوْ جَآءَتْهُمْ كُلُّ ءَايَةٍ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ

Transliteration walaw jāathum kullu āyatin ḥattā yarawū l-ʿadhāba l-alīma

Dhivehi އަދި އެމީހުންގެގާތަށް ކޮންމެ آية އެއް ކޮންމެ معجزة އެއް އައިކަމަކު ވޭންދެނިވި عذاب އެމީހުންނަށް ފެނިއްޖައުމަށްދާންދެން (އެމީހުން އީމާނެއް ނުވާނެއެވެ.) އަދި عذاب އައުމުން ދެންވާ އީމާނަކުން ފައިދާ ނުކުރާނެއެވެ.

Verse 98

فَلَوْلَا كَانَتْ قَرْيَةٌ ءَامَنَتْ فَنَفَعَهَآ إِيمَـٰنُهَآ إِلَّا قَوْمَ يُونُسَ لَمَّآ ءَامَنُوا۟ كَشَفْنَا عَنْهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَمَتَّعْنَـٰهُمْ إِلَىٰ حِينٍ

Transliteration falawlā kānat qaryatun āmanat fanafaʿahā īmānuhā illā qawma yūnusa lammā āmanū kashafnā ʿanhum ʿadhāba l-khiz'yi fī l-ḥayati l-dun'yā wamattaʿnāhum ilā ḥīnin

Dhivehi (ﷲ ގެ عذاب އައުމަށްފަހު އީމާންވީ) އެއްވެސް ރަށެއްގެ ބަޔަކަށް އެމީހުންގެ އެ އީމާންކަމުން يُونس ގެފާނުންގެ قوم ގެމީހުނަށް މެނުވީ منفع އެއް ނުކުރިއެވެ. އެމީހުން يعني: يونس ގެފާނުންގެ قوم ގެމީހުން - އީމާންވީހިނދުން ތިމަންރަސްކަލާނގެ އެމީހުންގެކިބައިން ދުނިޔޭގެ حياة ގައި ދެރަނިކަމެތިކަމުގެ عذاب ދުރުކުރައްވައި كشف ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް مدّت އަކަށް އަރާމުދެއްވީމެވެ. ދުނިޔޭގައި ތިބުން މިންވަރުކުރެއްވީމެވެ.

Verse 99

وَلَوْ شَآءَ رَبُّكَ لَـَٔامَنَ مَن فِى ٱلْأَرْضِ كُلُّهُمْ جَمِيعًا ۚ أَفَأَنتَ تُكْرِهُ ٱلنَّاسَ حَتَّىٰ يَكُونُوا۟ مُؤْمِنِينَ

Transliteration walaw shāa rabbuka laāmana man fī l-arḍi kulluhum jamīʿan afa-anta tuk'rihu l-nāsa ḥattā yakūnū mu'minīna

Dhivehi (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނުންގެ ربّ އެދިވޮޑިގެންނެވިނަމަ ބިންމަތީގައިވާ އެންމެން އެކަށް އީމާންވެއްޖައީސްކަންކަށަވަރެވެ. ކަލޭގެފާނު ފަހެ މީސްތަކުން مؤمن ންކަމުގައިވެއްޖައުމަށްދާންދެން އެމީހުންނަށް مجبور ކުރައްވައި ގަދަހައްދަވަނީތޯއެވެ؟

Verse 100

وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ ٱللَّهِ ۚ وَيَجْعَلُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يَعْقِلُونَ

Transliteration wamā kāna linafsin an tu'mina illā bi-idh'ni l-lahi wayajʿalu l-rij'sa ʿalā alladhīna lā yaʿqilūna

Dhivehi އަދި އެއްވެސް نفس އެއް ﷲ ގެ އިޒުނަފުޅަށްމެނުވީ (އެކަލާނގެ ނިޔާފުޅަށްމެނުވީ) إيمان ވުމަކީ އެކަށީގެންވާކަމެއްނޫނެވެ. ވާނޭކަމެއްނޫނެވެ. އަދި ﷲ ގެ حجّة ތަކާއި دليل ތަކަށް ނުވިސްނާ އަދި އެއިން عبرة އެއް حاصل ނުކުރާބަޔަކަށް އެކަލާނގެ ކޯފާ ނުވަތަ عذاب ލައްވައެވެ.

Verse 101

قُلِ ٱنظُرُوا۟ مَاذَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَمَا تُغْنِى ٱلْـَٔايَـٰتُ وَٱلنُّذُرُ عَن قَوْمٍ لَّا يُؤْمِنُونَ

Transliteration quli unẓurū mādhā fī l-samāwāti wal-arḍi wamā tugh'nī l-āyātu wal-nudhuru ʿan qawmin lā yu'minūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި ބިމުގައިވަނީ ކޮންކޮންއެއްޗެއްތޯ ނިކަން ކަލޭމެން ބަލައި އެއިން عبرة حاصل ކޮށް فكر ކޮށްބަލާށެވެ! އަދި އީމާންނުވާބަޔަކަށް دليل އާއި عبرة ން ފައިދާއެއް ނުކުރާނެއެވެ. އަދި إنذار ކުރައްވާ رسول ންގެ ފައިދާއެއްވެސް ނުކުރާނެއެވެ.

Verse 102

فَهَلْ يَنتَظِرُونَ إِلَّا مِثْلَ أَيَّامِ ٱلَّذِينَ خَلَوْا۟ مِن قَبْلِهِمْ ۚ قُلْ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ

Transliteration fahal yantaẓirūna illā mith'la ayyāmi alladhīna khalaw min qablihim qul fa-intaẓirū innī maʿakum mina l-muntaẓirīna

Dhivehi އަދި އިސްވެދިޔަ رسول ބޭކަލުން ދޮގުކުރި أمّة ތަކަށް އައިކަހަލަ ދުވަސްތަކަކަށްމެނުވީ (އެވަރުގެ عذاب އަކަށްމެނުވީ) މިމީހުން އެބަ إنتظار ކުރޭހެއްޔެވެ؟ އެބަހީ: މިމީހުން إنتظار ކުރަނީ އެފަދަ عذاب އަކަށެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން إنتظار ކުރާށެވެ! ތިމަންކަލޭގެފާނުވެސް ކަލޭމެންނާއިއެކު إنتظار ކުރަނީއެވެ.

Verse 103

ثُمَّ نُنَجِّى رُسُلَنَا وَٱلَّذِينَ ءَامَنُوا۟ ۚ كَذَٰلِكَ حَقًّا عَلَيْنَا نُنجِ ٱلْمُؤْمِنِينَ

Transliteration thumma nunajjī rusulanā wa-alladhīna āmanū kadhālika ḥaqqan ʿalaynā nunji l-mu'minīna

Dhivehi ދެން ތިމަންރަސްކަލާނގެ رسول ން ތިމަންރަސްކަލާނގެ ސަލާމަތްކުރަށްވަމެވެ. އަދި مؤمن ންވެސް ސަލާމަތް ކުރައްވަމެވެ. އަދި އެފަދައިން مؤمن ން ސަލާމަތްކުރެއްވުމަކީ ތިމަންރަސްކަލާނގެއަށް ވާ حقّ އެކެވެ.

Verse 104

قُلْ يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى شَكٍّ مِّن دِينِى فَلَآ أَعْبُدُ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ وَلَـٰكِنْ أَعْبُدُ ٱللَّهَ ٱلَّذِى يَتَوَفَّىٰكُمْ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُؤْمِنِينَ

Transliteration qul yāayyuhā l-nāsu in kuntum fī shakkin min dīnī falā aʿbudu alladhīna taʿbudūna min dūni l-lahi walākin aʿbudu l-laha alladhī yatawaffākum wa-umir'tu an akūna mina l-mu'minīna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ތިމަންކަލޭގެފާނުންގެ دين އާއިމެދު ޝައްކެއްގެ މަތީގައިވަންޏާ (އެއީ ޝައްކުވާންވީކަމެއްނޫނެވެ. ޝައްކުވާންވީ ކަލޭމެންގެ دين އަށެވެ.) ފަހެ ކަލޭމެން ތިޔައަޅުކަންކުރާ ތަކެތި يعني: ﷲ ފިޔަވައި ތިޔައަޅުކަންކުރާތަކެއްޗަށް ތިމަންކަލޭގެފާނު އަޅުކަން ނުކުރާހުށީމެވެ. (އެއީ އެއްވެސް منفع އެއްދެވޭ އަދި ގެއްލުމެއްވެސް ދެވޭ ތަކެއްޗެއްނޫނެވެ.) އަދި އެހެނެއްކަމަކު ތިމަންކަލޭގެފާނު އަޅުކަންކުރާނީ ﷲ އަށެވެ. އެކަލާނގެއީ ކަލޭމެން މަރުގަންނަވާ ކަލާނގެއެވެ. އަދި ތިމަންކަލޭގެފާނަށް أمر ވެވިގެންވަނީ مؤمن ންގެ ތެރެއިންވުމަށެވެ.

Verse 105

وَأَنْ أَقِمْ وَجْهَكَ لِلدِّينِ حَنِيفًا وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ

Transliteration wa-an aqim wajhaka lilddīni ḥanīfan walā takūnanna mina l-mush'rikīna

Dhivehi (އަދި އެކަލާނގެ أمر ކުރައްވަނީ މިފަދައިންނެވެ.) އަދި ކަލޭގެފާނު ސީދާ إسلام دين އަށް އެނބުރިވަޑައިގެން އެ دين މަތީ قائم ވަޑައިގަންނަވާށެވެ! އަދި އެއްގޮތަކަށްވެސް ކަލޭގެފާނު مشرك ންގެތެރެއިން ވެވަޑައި ނުގަންނަވާށެވެ!

Verse 106

وَلَا تَدْعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ ۖ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ ٱلظَّـٰلِمِينَ

Transliteration walā tadʿu min dūni l-lahi mā lā yanfaʿuka walā yaḍurruka fa-in faʿalta fa-innaka idhan mina l-ẓālimīna

Dhivehi އަދި ﷲ ފިޔަވައި ކަލޭގެފާނަށް އެއްވެސް منفع އެއް ނުދޭ އަދި ގެއްލުމެއްވެސްނުދޭ ތަކެއްޗަށް ކަލޭގެފާނު ގޮވާ دعاء ނުކުރައްވާށެވެ! ފަހެ ކަލޭގެފާނު އެހެން ހަދައިފިނަމަ ކަލޭގެފާނު ވެވަޑައިގަންނަވާނީ ހަމަކަށަވަރުންވެސް އަނިޔާވެރިންގެތެރެއިންނެވެ. مشرك ންގެތެރެއިންނެވެ.

Verse 107

وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَآدَّ لِفَضْلِهِۦ ۚ يُصِيبُ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَهُوَ ٱلْغَفُورُ ٱلرَّحِيمُ

Transliteration wa-in yamsaska l-lahu biḍurrin falā kāshifa lahu illā huwa wa-in yurid'ka bikhayrin falā rādda lifaḍlihi yuṣību bihi man yashāu min ʿibādihi wahuwa l-ghafūru l-raḥīmu

Dhivehi އަދި ﷲ تعالى ކަލޭގެފާނަށް އުނދަގުލެއް - ނުވަތަ ގެއްލުމެއް - ޖައްސަވަންޏާ އެކަލާނގެ ފިޔަވައި އެކަން ފިލުވައިލެވޭނޭ ހަމައެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވަންޏާވެސް އެކަން އަޔަނުދީ އަނބުރާ ރައްދުކޮށްލެވޭނޭ ހަމައެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ ފަރާތަކަށް އެފަދަ ކަންކަން ޖައްސަވައެވެ. (އުނދަގޫ ނުވަތަ ފަސޭހަޖައްސަވައެވެ.) އަދި އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 108

قُلْ يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنَا۠ عَلَيْكُم بِوَكِيلٍ

Transliteration qul yāayyuhā l-nāsu qad jāakumu l-ḥaqu min rabbikum famani ih'tadā fa-innamā yahtadī linafsihi waman ḍalla fa-innamā yaḍillu ʿalayhā wamā anā ʿalaykum biwakīlin

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ ربّ ގެ حضرة ން ކަލޭމެންގާތަށް حقّ އަތުވެއްޖެއެވެ. (އެއީ ﷲ ގެ ފޮތެވެ.) ފަހެ ތެދުމަގު ލިބިގެންފިމީހާ (ދަންނައެވެ!) އެތެދުމަގު އެއީ ހަމަ އޭނާގެ نفس އަށެވެ. އެކަމުގެ ފައިދާ އޮންނާނީ ހަމަ އޭނާގެ نفس އަށެވެ. އަދި މަގުފުރެދިއްޖެމީހާވެސް ދަންނައެވެ! އޭނާގެ އެމަގުފުރެދުން އޮންނާނީ އޭނާގެ نفس އަށެވެ. އަދި ތިމަންކަލޭގެފާނީ ކަލޭމެންގެމައްޗަށް ގަދަހެއްދެވޭނޭ ބޭކަލެއްނޫނެވެ. (ތިމަންކަލޭގެފާނީ رسول ކަން އިއްވަވާނޭ ބޭކަލެކެވެ.)

Verse 109

وَٱتَّبِعْ مَا يُوحَىٰٓ إِلَيْكَ وَٱصْبِرْ حَتَّىٰ يَحْكُمَ ٱللَّهُ ۚ وَهُوَ خَيْرُ ٱلْحَـٰكِمِينَ

Transliteration wa-ittabiʿ mā yūḥā ilayka wa-iṣ'bir ḥattā yaḥkuma l-lahu wahuwa khayru l-ḥākimīna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ބާވައިލެއްވޭ وحي އަށް ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! އަދި ﷲ حكم ކުރައްވާންދެން އެކަލާނގެ ނިޔާކުރައްވަންދެން ކެތްތެރިވެވަޑައިގަންނަވާށެވެ! އެކަލާނގެއީ އެންމެރަނގަޅަށް حكم ކުރައްވާ ނިޔާކުރައްވާ ކަލާނގެއެވެ.

Read Surah Yunus in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.