Surah Taha in Dhivehi: translation and audio
Surah 20 · طه · Ta-Ha · 135 verses
Surah Taha verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Taha word by word in English.
Verse 1
طه
Transliteration tta-ha
Dhivehi މި كلمة ގެ މާނައަކީ އޭ ފިރިހެނާއެވެ. މިއީ سُرِيَانِى ބަހުން ކިޔާގޮތެވެ. އަދި نَبْطِى ބަހުންނަމަ އޭ އިންސާނާއެވެ. މި كلمة އިން މުރާދުކުރެވެނީ رسول ﷲ ﷺ އެވެ. ދެން ފަހުން މިއަންނަ އާޔަތް އެގޮތުގެމައްޗަށް دليل ކުރެއެވެ. والله أعلم.
Verse 2
مَآ أَنزَلْنَا عَلَيْكَ ٱلْقُرْءَانَ لِتَشْقَىٰٓ
Transliteration mā anzalnā ʿalayka l-qur'āna litashqā
Dhivehi - (3) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ނުއުފުލެވޭވަރުގެ تَكْلِيْف އެއް ޖައްސަވާ ބުރަކުރެއްވުމަކަށް ކަލޭގެފާނުންގެމައްޗަށް قرآن ބާވައި ނުލައްވަމެވެ. (އެކަމަކު) قرآن ބާވައިލެއްވީ ބިރުވެތިވާ މީހަކަށްވާ ހަނދާންކޮށްދެއްވުމަކަށެވެ. އޭނާއަށްވާ وعظ نصيحة އާއި عبرة އަކަށެވެ.
Verse 3
إِلَّا تَذْكِرَةً لِّمَن يَخْشَىٰ
Transliteration illā tadhkiratan liman yakhshā
Dhivehi - (3) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ނުއުފުލެވޭވަރުގެ تَكْلِيْف އެއް ޖައްސަވާ ބުރަކުރެއްވުމަކަށް ކަލޭގެފާނުންގެމައްޗަށް قرآن ބާވައި ނުލައްވަމެވެ. (އެކަމަކު) قرآن ބާވައިލެއްވީ ބިރުވެތިވާ މީހަކަށްވާ ހަނދާންކޮށްދެއްވުމަކަށެވެ. އޭނާއަށްވާ وعظ نصيحة އާއި عبرة އަކަށެވެ.
Verse 4
تَنزِيلًا مِّمَّنْ خَلَقَ ٱلْأَرْضَ وَٱلسَّمَـٰوَٰتِ ٱلْعُلَى
Transliteration tanzīlan mimman khalaqa l-arḍa wal-samāwāti l-ʿulā
Dhivehi އެ قرآن އަކީ ބިމާއި އަދި މަތިވެރިވެގެންވާ އުޑުތައް ހެއްދެވި ކަލާނގެ حضرة ންވާ ބާވައިލެއްވުމެކެވެ.
Verse 5
ٱلرَّحْمَـٰنُ عَلَى ٱلْعَرْشِ ٱسْتَوَىٰ
Transliteration al-raḥmānu ʿalā l-ʿarshi is'tawā
Dhivehi رحمن ވަންތަ ﷲ عرش އަށް إستواى ވެވޮޑިގެންނަވައިފިއެވެ.
Verse 6
لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ ٱلثَّرَىٰ
Transliteration lahu mā fī l-samāwāti wamā fī l-arḍi wamā baynahumā wamā taḥta l-tharā
Dhivehi އުޑުތަކުގައިވާހާ ތަކެއްޗާއި ބިމުގައިވާހާ ތަކެއްޗާއި އަދި އެދެމެދުގައިވާހާ ތަކެއްޗާއި އަދި ފައިތަޅާގައި (ބިމުގެ ދަށުގައި) ވާހާތަކެއްޗާއި މިހުރިހާ ތަކެތި خاصّ ވެ މިލްކުވެގެންވަނީ ހަމަ އެކަލާނގެއަށެވެ.
Verse 7
وَإِن تَجْهَرْ بِٱلْقَوْلِ فَإِنَّهُۥ يَعْلَمُ ٱلسِّرَّ وَأَخْفَى
Transliteration wa-in tajhar bil-qawli fa-innahu yaʿlamu l-sira wa-akhfā
Dhivehi އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނު ބަސްފުޅުގެ އަޑުއުފުއްލެއްވިޔަސް (އަދި މަޑުކުރެއްވިޔަސް އެކަލާނގެއަށް ހަމަހަމައެވެ.) އެހެނީ ހަމަކަށަވަރުން މީސްތަކުންނަށް ސިއްރުކުރާ ތަކެއްޗާއި އަދި ތިމާގެ نفس އަށް ވަންހަނާކުރާތަކެތިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.
Verse 8
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ
Transliteration al-lahu lā ilāha illā huwa lahu l-asmāu l-ḥus'nā
Dhivehi އެކަލާނގެ އެއީ ﷲ އެވެ. އެކަލާނގެ މެނުވީ يعني: ﷲ މެނުވީ (އަޅުކަންވެވުން حقّ) އެހެން إله އަކު ނުވެއެވެ. އެންމެހާ ރަނގަޅު ރިވެތި ނަންފުޅުތައް އެކަލާނގެއަށް خاصّ ވެގެންވެއެވެ.
Verse 9
وَهَلْ أَتَىٰكَ حَدِيثُ مُوسَىٰٓ
Transliteration wahal atāka ḥadīthu mūsā
Dhivehi އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނަށް موسى (عليه السّلام) ގެ ވާހަކަ އެނގިވަޑައިގެންފައިވޭތޯއެވެ. (އޭރު އެކަލޭގެފާނު ހުންނެވީ أهل ވެރިންނާއިއެކު صَحَرَاى ގައި ރޭގަނޑު މަގު ގެއްލިފައެވެ. ފިނިބާރު ރެއެކެވެ.)
Verse 10
إِذْ رَءَا نَارًا فَقَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًا لَّعَلِّىٓ ءَاتِيكُم مِّنْهَا بِقَبَسٍ أَوْ أَجِدُ عَلَى ٱلنَّارِ هُدًى
Transliteration idh raā nāran faqāla li-ahlihi um'kuthū innī ānastu nāran laʿallī ātīkum min'hā biqabasin aw ajidu ʿalā l-nāri hudan
Dhivehi އެހިނދު އެކަލޭގެފާނު އެކަލޭގެފާނުންގެ أهل ވެރިންނަށް ވިދާޅުވިއެވެ. ކަލޭމެން މިތާ ތިބޭށެވެ. އަހުރެންނަށް އަލިފާނެއް ފެނެއެވެ. އެތަނުން (ކަލޭމެން ހީފިލުވުމަށް) އަލިފާން ދަރުބުރިއެއް ހިފައިގެން ކަލޭމެން ގާތަށް އަހުރެން އައުން أمّيد ކުރެވެއެވެ. ނުވަތަ އަލިފާނުގެ ކައިރިން މަގުއޮޅުންފިލުވައިދޭނެ މީހަކު ފެނުން أمّيد ކުރެވެއެވެ. އެތަނުން ތެދުމަގު ލިބިދާނެއެވެ.
Verse 11
فَلَمَّآ أَتَىٰهَا نُودِىَ يَـٰمُوسَىٰٓ
Transliteration falammā atāhā nūdiya yāmūsā
Dhivehi ދެންފަހެ އެކަލޭގެފާނު އެތަނަށް (އަލިފާނުގެ ކައިރިއަށް) ވަޑައިގެންނެވިހިނދުން އެކަލޭގެފާނަށް ގޮވާލެވުނެވެ. نِداء އިއްވެވުނެވެ. އޭ موسى އެވެ.
Verse 12
إِنِّىٓ أَنَا۠ رَبُّكَ فَٱخْلَعْ نَعْلَيْكَ ۖ إِنَّكَ بِٱلْوَادِ ٱلْمُقَدَّسِ طُوًى
Transliteration innī anā rabbuka fa-ikh'laʿ naʿlayka innaka bil-wādi l-muqadasi ṭuwan
Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަލޭގެފާނުންގެ ربّ އެވެ. ފަހެ ކަލޭގެފާނުންގެ ފައިވާންޖޯޑުކޮޅު ބާލުއްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނު ތިޔަވަނީ طُوَى އެކިޔާ مقدّس طاهر ވާދީގައެވެ.
Verse 13
وَأَنَا ٱخْتَرْتُكَ فَٱسْتَمِعْ لِمَا يُوحَىٰٓ
Transliteration wa-anā ikh'tartuka fa-is'tamiʿ limā yūḥā
Dhivehi އަދި ތިމަންރަސްކަލާނގެ (رسول ކަމަށް) ކަލޭގެފާނު إختيار ކުރައްވައިފީމެވެ. އެހެންވެ وحي ގައި އިއްވެވޭ އެއްޗަކަށް އައްސަވާށެވެ.
Verse 14
إِنَّنِىٓ أَنَا ٱللَّهُ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱعْبُدْنِى وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ
Transliteration innanī anā l-lahu lā ilāha illā anā fa-uʿ'bud'nī wa-aqimi l-ṣalata lidhik'rī
Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ﷲ އެވެ. ތިމަންރަސްކަލާނގެ މެނުވީ (حقّ) އެހެން އެއްވެސް إله އަކު ނުވެއެވެ. ފަހެ އެހެންވެ ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ. އަދި ތިމަންރަސްކަލާނގެ ހަނދުމަ ކުރެއްވުމަށް ނަމާދު قائم ކުރައްވާށެވެ.
Verse 15
إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسٍۭ بِمَا تَسْعَىٰ
Transliteration inna l-sāʿata ātiyatun akādu ukh'fīhā lituj'zā kullu nafsin bimā tasʿā
Dhivehi ހަމަކަށަވަރުން قيامة ދުވަސް އަންނަނީއެވެ. (އެއީ އަންނާނެ އެއްޗެކެވެ.) ތިމަންރަސްކަލާނގެ ذات ފުޅަށްވެސް އެދުވަސް ވަންހަނާކުރެއްވުން ގާތްވެގެންވެއެވެ. (އެބަހީ: އެއްވެސް މީހަކަށް އެދުވަސް ނާންގަވާހުށީމެވެ.) އެދުވަސް އަންނަހުށީ ކޮންމެ نفس އަކަށްވެސް އެ نفس އެއް ކުރިކަންތަކަށް (ހެވަސް ނުބަޔަސް) ޖަޒާދެއްވުމަށެވެ.
Verse 16
فَلَا يَصُدَّنَّكَ عَنْهَا مَن لَّا يُؤْمِنُ بِهَا وَٱتَّبَعَ هَوَىٰهُ فَتَرْدَىٰ
Transliteration falā yaṣuddannaka ʿanhā man lā yu'minu bihā wa-ittabaʿa hawāhu fatardā
Dhivehi ފަހެ قيامة ދުވަހަށް إيمان ނުވާމީހުން ކަލޭގެފާނު ހުއްޓުވިޔަނުދޭށެވެ. އެބަހީ: ކަލޭގެފާނު قيامة ދުވަހަށް ތައްޔާރުވިޔަނުދީ އެމީހުންގެ ބަހަށް ހެއްލިގެންދިޔަ ނުދެއްވާށެވެ. ކަލޭގެފާނު އެހެން ހައްދަވައިފިއްޔާ ކަލޭގެފާނު ހަލާކުވެދާނެއެވެ.
Verse 17
وَمَا تِلْكَ بِيَمِينِكَ يَـٰمُوسَىٰ
Transliteration wamā til'ka biyamīnika yāmūsā
Dhivehi އޭ موسى އެވެ. ކަލޭގެފާނުންގެ ކަނާތްޕުޅުގައި ތިޔަވަނީ ކޮންއެއްޗެއްތޯއެވެ؟
Verse 18
قَالَ هِىَ عَصَاىَ أَتَوَكَّؤُا۟ عَلَيْهَا وَأَهُشُّ بِهَا عَلَىٰ غَنَمِى وَلِىَ فِيهَا مَـَٔارِبُ أُخْرَىٰ
Transliteration qāla hiya ʿaṣāya atawakka-u ʿalayhā wa-ahushu bihā ʿalā ghanamī waliya fīhā maāribu ukh'rā
Dhivehi އެކަލޭގެފާނު ދެންނެވިއެވެ. އެއީ މިއަޅާގެ އަސާއެވެ. (މިއަޅާ ހިނގާއިރުގައްޔާ އަދި ކޮޅަށް ހުންނައިރުވެސް) އޭގެ މައްޗަށް މިއަޅާ ބުރަވެހުންނަ އަދި އެއިން މިއަޅާގެ ބަކަރިތަކަށް މިއަޅާ ގަހުން ފަތްބިންނަ އެއްޗެވެ. އަދި އެނޫން އެތައް ބޭނުންތަކެއް އޭގައި މިއަޅާއަށް ވެއެވެ.
Verse 19
قَالَ أَلْقِهَا يَـٰمُوسَىٰ
Transliteration qāla alqihā yāmūsā
Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. އޭ موسى އެވެ. އޭތި އެއްލަވާބައްލަވާށެވެ.
Verse 20
فَأَلْقَىٰهَا فَإِذَا هِىَ حَيَّةٌ تَسْعَىٰ
Transliteration fa-alqāhā fa-idhā hiya ḥayyatun tasʿā
Dhivehi ފަހެ އެކަލޭގެފާނު އޭތި އެއްލައިފިއެވެ. ދެންފަހެ އެހައިރުން ދުވާ ހަރުފައަކަށް އޭތި ވެއްޖެއެވެ.
Verse 21
قَالَ خُذْهَا وَلَا تَخَفْ ۖ سَنُعِيدُهَا سِيرَتَهَا ٱلْأُولَىٰ
Transliteration qāla khudh'hā walā takhaf sanuʿīduhā sīratahā l-ūlā
Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭގެފާނު އޭގައި ހިއްޕަވާށެވެ. އަދި ބިރުފުޅުގެންވަޑައިނުގަންނަވާށެވެ. ނިކަންހުރެ ތިމަންރަސްކަލާނގެ އޭތި ކުރީގެ حالة އަށް ހައްދަވާހުށީމެވެ. (ދެންފަހެ އެކަލޭގެފާނު އޭގައި ހިއްޕެވުމުން އޭތި އަސަޔަކަށް ބަދަލުވެއްޖެއެވެ.)
Verse 22
وَٱضْمُمْ يَدَكَ إِلَىٰ جَنَاحِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ ءَايَةً أُخْرَىٰ
Transliteration wa-uḍ'mum yadaka ilā janāḥika takhruj bayḍāa min ghayri sūin āyatan ukh'rā
Dhivehi އަދި ކަލޭގެފާނުންގެ އަތްޕުޅު އަރިކަށްޓާ އަތާއި ދޭތެރެއަށް ލައްވާ ބައްލަވާށެވެ. (ދެން އެއަތްޕުޅު ނެރުއްވާއިރު) އެއަތްޕުޅު ނުކުންނާނީ އެއްވެސް ބައްޔެއް އަދި ނުބައެއްނެތި ހުދުކޮށެވެ. އަލިކޮށެވެ. (އެއީ އަސާކޮޅުގެ معجزة ގެ އިތުރުން) އެހެން دليل އެކެވެ. އެހެން معجزة އެކެވެ. (މި دليل ތައް)
Verse 23
لِنُرِيَكَ مِنْ ءَايَـٰتِنَا ٱلْكُبْرَى
Transliteration linuriyaka min āyātinā l-kub'rā
Dhivehi މިއީ ތިމަންރަސްކަލާނގެ (އެއްކައުވަންތަކަމާއި ކުޅަދުންވަންތަ ކަމަށް دليل ކުރާ) ބޮޑެތި دليل ތަކުގެތެރެއިން މިންވަރެއް ކަލޭގެފާނަށް ދެއްކެވުމަށް ކަލޭގެފާނަށް ދެއްކެވުނު ތަކެއްޗެވެ.
Verse 24
ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ
Transliteration idh'hab ilā fir'ʿawna innahu ṭaghā
Dhivehi ކަލޭގެފާނު فرعون ގެގާތަށް (رسول ކަމާއިގެން) ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އޭނާ ނުކިޔަމަންތެރިވެ ބޮޑާވެ ހައްދުފަހަނަޅައިފިއެވެ.
Verse 25
قَالَ رَبِّ ٱشْرَحْ لِى صَدْرِى
Transliteration qāla rabbi ish'raḥ lī ṣadrī
Dhivehi އެކަލޭގެފާނު يعني: موسى عليه السّلام ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ. (އެއީ އިބަރަސްކަލާނގެ އިއްވަވާ وحي ވިސްނައިގަތުމަށްޓަކައެވެ.)
Verse 26
وَيَسِّرْ لِىٓ أَمْرِى
Transliteration wayassir lī amrī
Dhivehi (އަދި نبي ކަމާއި رسول ކަމުގެ مَسْؤُ لِيَّةُ) މިއަޅާއަށް ފަސޭހަކޮށްދެއްވާދޭވެ.
Verse 27
وَٱحْلُلْ عُقْدَةً مِّن لِّسَانِى
Transliteration wa-uḥ'lul ʿuq'datan min lisānī
Dhivehi އަދި މިއަޅާގެ ދުލުގައިވާ ގޮށް މޮއްސަވާދެއްވާދޭވެ. ދޫފަސޭހަކޮށްދެއްވާދޭވެ.
Verse 28
يَفْقَهُوا۟ قَوْلِى
Transliteration yafqahū qawlī
Dhivehi އެއީ މިއަޅާގެ ވާހަކައާއި ބަސް މީސްތަކުން ވިސްނާ فَهْمُ ކޮށްގަތުމަށްޓަކައެވެ.
Verse 29
وَٱجْعَل لِّى وَزِيرًا مِّنْ أَهْلِى
Transliteration wa-ij'ʿal lī wazīran min ahlī
Dhivehi އަދި މިއަޅާގެ أهل ވެރިންގެތެރެއިން މިއަޅާއަށް وَزِيْر އެއް (يعني: އެހީތެރި ވާގިވެރިއެއް) ލައްވާނދޭވެ.
Verse 30
هَـٰرُونَ أَخِى
Transliteration hārūna akhī
Dhivehi އެއީ މިއަޅާގެ أخ هَارون އެވެ.
Verse 31
ٱشْدُدْ بِهِۦٓ أَزْرِى
Transliteration ush'dud bihi azrī
Dhivehi އޭނާގެ ސަބަބުން މިއަޅާގެ ބުރިކަށިގަދަކޮށްދެއްވާނދޭވެ! (މިއަޅާގެ ބާރުގަދަކޮށްދެއްވާނދޭވެ!)
Verse 32
وَأَشْرِكْهُ فِىٓ أَمْرِى
Transliteration wa-ashrik'hu fī amrī
Dhivehi އަދި މިއަޅާގެ ކަންތަކުގައި (އެބަހީ: نبي ކަމާއި رسول ކަމުގައި) އޭނާ ބައިވެރިކޮށްދެއްވާންދޭވެ!
Verse 33
كَىْ نُسَبِّحَكَ كَثِيرًا
Transliteration kay nusabbiḥaka kathīran
Dhivehi އެއީ މިއަޅުން އިބަރަސްކަލާނގެއަށް ގިނަގިނައިން تسبيح ކިއުމަށެވެ.
Verse 34
وَنَذْكُرَكَ كَثِيرًا
Transliteration wanadhkuraka kathīran
Dhivehi އަދި ގިނަގިނައިން މިއަޅުން އިބަރަސްކަލާނގެ ހަނދުމަކޮށް ذِكر ކުރުމަށެވެ.
Verse 35
إِنَّكَ كُنتَ بِنَا بَصِيرًا
Transliteration innaka kunta binā baṣīran
Dhivehi ހަމަކަށަވަރުން އިބަރަސްކަލާނގެ ވަނީ މިއަޅުންނާއިމެދު ބައްލަވާވޮޑިގެންވާ ކަލަކުކަމުގައެވެ.
Verse 36
قَالَ قَدْ أُوتِيتَ سُؤْلَكَ يَـٰمُوسَىٰ
Transliteration qāla qad ūtīta su'laka yāmūsā
Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. އޭ موسى އެވެ! ހަމަކަށަވަރުން ކަލޭގެފާނު އެކަންކަމަށް އެދިވަޑައިގެން ތިޔަ ސުވާލުކުރެއްވި ކަންތައްތައް ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވައިފީމެވެ.
Verse 37
وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَىٰٓ
Transliteration walaqad manannā ʿalayka marratan ukh'rā
Dhivehi އަދި އެހެންފަހަރަކު ތިމަންރަސްކަލާނގެ ކަލޭގެފާނުންގެމައްޗަށް إحسان ތެރިވެވޮޑިގެން ދަރުމަވަންތަވެރިވެ ވޮޑިގެންނެވީމެވެ. (އެއީކަލޭގެފާނު ވަރަށްތުއްޕުޅުއިރުއެވެ.)
Verse 38
إِذْ أَوْحَيْنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ
Transliteration idh awḥaynā ilā ummika mā yūḥā
Dhivehi އެއީ ކަލޭގެފާނުންގެ މަންމާފުޅަށް ތިމަންރަސްކަލާނގެ އެ إلْهَام ކުރެއްވި އެއްޗެއް إلهام ކުރެއްވިހިނދުގައެވެ.
Verse 39
أَنِ ٱقْذِفِيهِ فِى ٱلتَّابُوتِ فَٱقْذِفِيهِ فِى ٱلْيَمِّ فَلْيُلْقِهِ ٱلْيَمُّ بِٱلسَّاحِلِ يَأْخُذْهُ عَدُوٌّ لِّى وَعَدُوٌّ لَّهُۥ ۚ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّى وَلِتُصْنَعَ عَلَىٰ عَيْنِىٓ
Transliteration ani iq'dhifīhi fī l-tābūti fa-iq'dhifīhi fī l-yami falyul'qihi l-yamu bil-sāḥili yakhudh'hu ʿaduwwun lī waʿaduwwun lahu wa-alqaytu ʿalayka maḥabbatan minnī walituṣ'naʿa ʿalā ʿaynī
Dhivehi (އެކަމަނާއަށް ތިމަންރަސްކަލާނގެ إلْهَام ކުރެއްވީމެވެ.) ކަމަނާ އެދަރިކަލުން ބޮޑުފޮށްޓަކަށް ލައްވާފައި ކަނޑަށް އެބަހީ: نِيْلُ ކޯރަށް އެއްލަވާށެވެ! ދެން ކަނޑު އެފޮށި ގޮނޑުދޮށަށް އެއްލާހުށިކަމެވެ. އެބަހީ: ރާޅުތަޅަމުން ލައްވެދާނެއެވެ. އަދި ތިމަންރަސްކަލާނގެއާއި އަދި އެދަރިކަލުންގެ عَدُوُّ يعني: فرعون އެފޮށި ނަގައިފާނެއެވެ. އަދި (ތިމަންރަސްކަލާނގެ ބައެއް އަޅުންގައި) ކަލޭގެފާނުންގެމައްޗަށް ތިމަންރަސްކަލާނގެ ލޯބިޖެއްސެވީމެވެ. އަދި އެހުރިހާ ކަމެއް ތިމަންރަސްކަލާނގެ ފުރިހަމަ ބެއްލެވުމުގެ ދަށުން ހިންގެވީމެވެ.
Verse 40
إِذْ تَمْشِىٓ أُخْتُكَ فَتَقُولُ هَلْ أَدُلُّكُمْ عَلَىٰ مَن يَكْفُلُهُۥ ۖ فَرَجَعْنَـٰكَ إِلَىٰٓ أُمِّكَ كَىْ تَقَرَّ عَيْنُهَا وَلَا تَحْزَنَ ۚ وَقَتَلْتَ نَفْسًا فَنَجَّيْنَـٰكَ مِنَ ٱلْغَمِّ وَفَتَنَّـٰكَ فُتُونًا ۚ فَلَبِثْتَ سِنِينَ فِىٓ أَهْلِ مَدْيَنَ ثُمَّ جِئْتَ عَلَىٰ قَدَرٍ يَـٰمُوسَىٰ
Transliteration idh tamshī ukh'tuka fataqūlu hal adullukum ʿalā man yakfuluhu farajaʿnāka ilā ummika kay taqarra ʿaynuhā walā taḥzana waqatalta nafsan fanajjaynāka mina l-ghami wafatannāka futūnan falabith'ta sinīna fī ahli madyana thumma ji'ta ʿalā qadarin yāmūsā
Dhivehi (އޭ موسى އެވެ.) ކަލޭގެފާނުންގެ أُخْتُ ކަމަނާ (ކަލޭގެފާނާބެހޭ خبر އެއް ހޯދުމަށް) ހިންގަވާފައި ދިޔަހިނދު ހަނދުމަފުޅުކުރައްވާށެވެ. (އެއީ ކަލޭގެފާނު ތުއްޕުޅުއިރު ފޮއްޓަކަލައްވައި ނީލަކޯރަށް އެއްލައިލުމަށްފަހު فرعون ގެ ގަނޑުވަރުގެ މީހުން އެފޮށިނަގައި ކަލޭގެފާނަށް ކިރުފޮދު އަރުވާނެމީހަކު ހޯއްދެވި ހިނދުގައެވެ. ފަހެ އެކަމަނާ (فرعون ގެ ގަނޑުވަރުގެ މީހުންނަށް) ބުންޏެވެ. އެދަރިކަލުން ގެންގުޅެ ބަލާ އަދި ކިރުދީހަދާނެ މީހެއްގެ ވާހަކަ އަހުރެން ކަލޭމެންނަށް އަންގައިދެންހެއްޔެވެ؟ (ދެންފަހެ އެކަމަނާގެ ބަހާއި އެއްބަސްވުމުން) ކަލޭގެފާނުންގެ މަންމާފުޅުގެ އަރިހަށް ކަލޭގެފާނު رجوع ކޮށްދެއްވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން ގެނަސްދެއްވައި އެކަމަނާ ހިތާމަ ނުކުރުމަށްޓަކައެވެ. (ދެން ކަލޭގެފާނު ބޮޑުފުޅުވުމަށްފަހު) އެމީހުންގެ يعني: قِبْطِى ންގެ މީހަކު މަރައިލީމުއެވެ. އަދި އެމީހާ މަރައިލެވުމުގެ ހިތާމައިން ތިމަންރަސްކަލާނގެ ކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނު އެތައްގޮތަކުން إمتحان ކުރެއްވީމެވެ. އެއީ (رسول ކަމުގެ مسؤليّة އުފުއްލެވުމަށެވެ.) އަދި مَدْيَنُ ގެ أهل ވެރިންގެ ގާތުގައި ކަލޭގެފާނު އަހަރުތަކަކު ހުންނެވީމުއެވެ. އޭ موسى އެވެ. ދެން ކަނޑައެޅިގެންވާ ވަގުތު رسول ކަމުގެ مسؤليّة އަދާކުރެއްވުމަށް ކަނޑައެޅިގެންވާ ވަގުތު ކަލޭގެފާނު ތިޔަވަޑައިގެންނެވީއެވެ. އެއީ ނިޔާކުރެވިފައިވާ ވަގުތެވެ.
Verse 41
وَٱصْطَنَعْتُكَ لِنَفْسِى
Transliteration wa-iṣ'ṭanaʿtuka linafsī
Dhivehi އަދި ތިމަންރަސްކަލާނގެ (رسول ކަމަށް) ކަލޭގެފާނު خاصّ ކުރައްވައި إختيار ކުރެއްވީމެވެ.
Verse 42
ٱذْهَبْ أَنتَ وَأَخُوكَ بِـَٔايَـٰتِى وَلَا تَنِيَا فِى ذِكْرِى
Transliteration idh'hab anta wa-akhūka biāyātī walā taniyā fī dhik'rī
Dhivehi ކަލޭގެފާނާއި އަދި ކަލޭގެފާނުންގެ أخ (هارون ގެފާނާއި) ތިމަންރަސްކަލާނގެ أية ތަކާއިގެން ތިޔަދެބޭކަލުން ވަޑައިގަންނަވާށެވެ. އަދި ތިމަންރަސްކަލާނގެއަށް ذِكر ކުރުމުން (ތިމަންރަސްކަލާނގެ ހަނދާންކުރުމުން) ތިޔަ ދެކަލުން ބަލިކަށިނުވާށެވެ. ފޫހިނުވާށެވެ.
Verse 43
ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ
Transliteration idh'habā ilā fir'ʿawna innahu ṭaghā
Dhivehi ތިޔަ ދެކަލުން فرعون ގާތަށް ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އޭނާ ބޮޑާވެ ނުކިޔަމަންތެރިވެއްޖެއެވެ.
Verse 44
فَقُولَا لَهُۥ قَوْلًا لَّيِّنًا لَّعَلَّهُۥ يَتَذَكَّرُ أَوْ يَخْشَىٰ
Transliteration faqūlā lahu qawlan layyinan laʿallahu yatadhakkaru aw yakhshā
Dhivehi ތިޔަދެކަލުން އޭނާޔަށް މަޑުމައިތިރި ބަސް / އޯގާވެރި ބަސްބުނާށެވެ. އެއީ އޭނާ ހަނދާންކޮށް نصيحة ލިބިގަނޭތޯއެވެ. ނުވަތަ އޭނާ ބިރުވެތިވޭތޯއެވެ.
Verse 45
قَالَا رَبَّنَآ إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَآ أَوْ أَن يَطْغَىٰ
Transliteration qālā rabbanā innanā nakhāfu an yafruṭa ʿalaynā aw an yaṭghā
Dhivehi އެދެބޭކަލުން ދެންނެވިއެވެ. އަޅަމެން ބިރުގަންނަނީ އޭނާ އަޅަމެންގެ މައްޗަށް عقوبة އަވަސްކޮށް ގިނަކޮށްފާނެތީއެވެ. ނުވަތަ އޭނާ ހައްދުފަހަނަޅައިފާނެތީއެވެ.
Verse 46
قَالَ لَا تَخَافَآ ۖ إِنَّنِى مَعَكُمَآ أَسْمَعُ وَأَرَىٰ
Transliteration qāla lā takhāfā innanī maʿakumā asmaʿu wa-arā
Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަދެބޭކަލުން ބިރުނުގަންނާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވޮޑިގެންވަނީ ތިޔަދެބޭކަލުންނާ އެކުގައެވެ. ތިޔަދެބޭކަލުންގެ ބަސްއައްސަވާ އަދި ބައްލަވާވޮޑިގެންވަމެވެ.
Verse 47
فَأْتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ وَلَا تُعَذِّبْهُمْ ۖ قَدْ جِئْنَـٰكَ بِـَٔايَةٍ مِّن رَّبِّكَ ۖ وَٱلسَّلَـٰمُ عَلَىٰ مَنِ ٱتَّبَعَ ٱلْهُدَىٰٓ
Transliteration fatiyāhu faqūlā innā rasūlā rabbika fa-arsil maʿanā banī is'rāīla walā tuʿadhib'hum qad ji'nāka biāyatin min rabbika wal-salāmu ʿalā mani ittabaʿa l-hudā
Dhivehi ތިޔަދެކަލުން އޭނާއަށް ވިދާޅުވާށެވެ. ހަމަކަށަވަރުން އަހުރެމެންނަކީ މަނިކުފާނުގެ ربّ ފޮނުއްވި ދެ رسول ންނީމުއެވެ. (ދެންފަހެ އެދެބޭކަލުން فرعون ގެގާތަށް ވަޑައިގެން دين އަށް ގޮވާލައްވާ) އަދި ވިދާޅުވިއެވެ. އަޅުގަނޑުމެންނާއެކު بني إسْرائيل ފޮނުއްވާށެވެ. އަދި އެމީހުންނަށް عذاب ނުދައްކާށެވެ. ހަމަކަށަވަރުން އަޅުގަނޑުމެން މިއައީ މަނިކުފާނުންގެ ربّ ގެ حضرة ން معجزة އާއިގެންނެވެ. އަދި ސަލާމަތްކަންހުރީ ތެދުމަގާއި تبع ވެއްޖެ މީހަކަށެވެ.
Verse 48
إِنَّا قَدْ أُوحِىَ إِلَيْنَآ أَنَّ ٱلْعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ
Transliteration innā qad ūḥiya ilaynā anna l-ʿadhāba ʿalā man kadhaba watawallā
Dhivehi އަދި ހަމަކަށަވަރުން عذاب ހުރީ (ﷲ އާއި رسول ން) ދޮގުކޮށް އަދި إيمان ކަމަށް ފުރަގަސްދިން މީހަކަށެވެ.
Verse 49
قَالَ فَمَن رَّبُّكُمَا يَـٰمُوسَىٰ
Transliteration qāla faman rabbukumā yāmūsā
Dhivehi (فرعون ވިދާޅުވިއެވެ.) އޭ موسى އެވެ! ކަލޭމެން ދެމީހުންގެ ربّ އަކީ ކާކުހެއްޔެވެ؟
Verse 50
قَالَ رَبُّنَا ٱلَّذِىٓ أَعْطَىٰ كُلَّ شَىْءٍ خَلْقَهُۥ ثُمَّ هَدَىٰ
Transliteration qāla rabbunā alladhī aʿṭā kulla shayin khalqahu thumma hadā
Dhivehi އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އަހުރެމެންގެ ربّ އަކީ ކޮންމެ ފިރިހެން ޖިންސަކަށް އެފަދަ އަންހެން އެއްޗެއް ހައްދަވައި ދެއްވި ކަލާނގެއެވެ. / ނުވަތަ ކޮންމެ އެއްޗަކަށްވެސް އޭގެ ސިފަޔާއި صورة ދެއްވި ކަލާނގެއެވެ. ދެން ކޮންމެ އެއްޗަކަށްވެސް (އެ އެއްޗެއްގެ ބޭނުންތައް ފުއްދާނޭގޮތް ދައްކަވައި އެކަމުގެ) هداية ދެއްވި ކަލާނގެއެވެ.
Verse 51
قَالَ فَمَا بَالُ ٱلْقُرُونِ ٱلْأُولَىٰ
Transliteration qāla famā bālu l-qurūni l-ūlā
Dhivehi (فرعون ވިދާޅުވިއެވެ.) ފަހެ އެހެންވިއްޔާ އިސްވެދިޔަ أمّة ތަކާމެދު ބުނަނީ ކީކޭހެއްޔެވެ؟ އެމީހުންގެ ކަންތައްވަނީ ކިހިނަކުންހެއްޔެވެ؟
Verse 52
قَالَ عِلْمُهَا عِندَ رَبِّى فِى كِتَـٰبٍ ۖ لَّا يَضِلُّ رَبِّى وَلَا يَنسَى
Transliteration qāla ʿil'muhā ʿinda rabbī fī kitābin lā yaḍillu rabbī walā yansā
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އެމީހުންގެ އެންމެހައިކަމެއް އަދި އެމީހުންގެ معلومات ވަނީ ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ގައިވާ ފޮތެއްގައެވެ. އެކަލާނގެ އެއިން އެއްޗެއް މަދުކުރައްވާ އުނިކުރައްވައި ނުހައްދަވާނެއެވެ. އަދި އެކަލާނގެ ހަނދުމަނެތިވެވޮޑިނުގަންނަވާނެއެވެ.
Verse 53
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًا وَسَلَكَ لَكُمْ فِيهَا سُبُلًا وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦٓ أَزْوَٰجًا مِّن نَّبَاتٍ شَتَّىٰ
Transliteration alladhī jaʿala lakumu l-arḍa mahdan wasalaka lakum fīhā subulan wa-anzala mina l-samāi māan fa-akhrajnā bihi azwājan min nabātin shattā
Dhivehi އެކަލާނގެއީ ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއްފަދައިން ބިންގަނޑު ލެއްވި ކަލާނގެއެވެ. އަދި ކަލޭމެންނަށްޓަކައި އެކަލާނގެ އެބިމުގައި މަގުތައް ލައްވައި ހެއްދެވިއެވެ. އަދި އުޑުން ފެންބާވައިލެއްވިއެވެ. ދެންފަހެ އެފެނުން ތިމަންރަސްކަލާނގެ ތަފާތު ވައްތަރުވައްތަރުގެ ގަސްގަހާގެހީގެ ޖޯޑުޖޯޑުނެރުއްވީމެވެ.
Verse 54
كُلُوا۟ وَٱرْعَوْا۟ أَنْعَـٰمَكُمْ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّأُو۟لِى ٱلنُّهَىٰ
Transliteration kulū wa-ir'ʿaw anʿāmakum inna fī dhālika laāyātin li-ulī l-nuhā
Dhivehi އަދި (އެކަލާނގެ ވަޙީ ކުރެއްވިއެވެ.) އޭ މީސްތަކުންނޭވެ! އެގަސްގަހުން ކަލޭމެން ކައިބޮއިހަދާށެވެ! އަދި ކަލޭމެންގެ نعم ސޫފިތަކަށް ކާންދޭށެވެ! ހުއިހައްޕުވާށެވެ! އަދި ހަމަކަށަވަރުން އެކަންކަމުގައި (އެބަހީ: އާޔަތްތަކުގައި އެވާ އިސްވެ އެދިޔަ ކަންކަމުގައި) ބުއްދީގެ أهل ވެރިންނަށް ކަނޑައެޅި بيان ވެގެންވާ دليل ތައްވެއެވެ. އެބަހީ: ﷲ ގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ دليل ތައްވެއެވެ.
Verse 55
۞ مِنْهَا خَلَقْنَـٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ
Transliteration min'hā khalaqnākum wafīhā nuʿīdukum wamin'hā nukh'rijukum tāratan ukh'rā
Dhivehi (އޭ މީސްތަކުންނޭވެ!) ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވީ އެބިމުންނެވެ. އަދި (މަރުވީމާ) ތިމަންރަސްކަލާނގެ އެބިމަށް ކަލޭމެން إعاد ކުރައްވާހުށީމެވެ. (ބިމުގައި ވަޅުލާހުށީމެވެ.) ދެން އަލުން ދެވަނަފަހަރަށް އެބިމުން ތިމަންރަސްކަލާނގެ ކަލޭމެން ނެރުއްވާހުށީމެވެ. (އެއީ حِسَاب ބައްލަވާ ޖަޒާ ދެއްވުމަށެވެ.)
Verse 56
وَلَقَدْ أَرَيْنَـٰهُ ءَايَـٰتِنَا كُلَّهَا فَكَذَّبَ وَأَبَىٰ
Transliteration walaqad araynāhu āyātinā kullahā fakadhaba wa-abā
Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ مُعْجِزَةُ ތިމަންރަސްކަލާނގެ އޭނާއަށް ދެއްކެވީމެވެ. ފަހެ އޭނާ އެ مُعْجِزَةُ ތައް ދޮގުކުރީއެވެ. އަދި - إيمان ވުމުން - މަނާވެގަތީއެވެ.
Verse 57
قَالَ أَجِئْتَنَا لِتُخْرِجَنَا مِنْ أَرْضِنَا بِسِحْرِكَ يَـٰمُوسَىٰ
Transliteration qāla aji'tanā litukh'rijanā min arḍinā bisiḥ'rika yāmūsā
Dhivehi އަދި އޭނާ (موسى عليه السّلام އާއި مخاطب ކޮށް) ބުންޏެވެ. އޭ موسى އެވެ! ކަލޭ އަހުރެމެންގާތަށް ތިޔަ އައީ ކަލޭގެ سِحْرُ ގެ ބާރުން އަހުރެމެން، އަހުރެމެންގެ ބިމުން ނެރެލާށެވެ.
Verse 58
فَلَنَأْتِيَنَّكَ بِسِحْرٍ مِّثْلِهِۦ فَٱجْعَلْ بَيْنَنَا وَبَيْنَكَ مَوْعِدًا لَّا نُخْلِفُهُۥ نَحْنُ وَلَآ أَنتَ مَكَانًا سُوًى
Transliteration falanatiyannaka bisiḥ'rin mith'lihi fa-ij'ʿal baynanā wabaynaka mawʿidan lā nukh'lifuhu naḥnu walā anta makānan suwan
Dhivehi ފަހެ ނިކަންހުރެ އަހުރެމެން ކަލޭގާތަށް ހަމަ އެފަދަ سِحْرُ އެއް ގެންނަހުށީމެވެ. ފަހެ ކަލެޔާ އަހުރެމެންނާ ދެބައިމީހުން ބައްދަލުވާނޭ ވަގުތަކާއި ތަނެއް ކަނޑައަޅާށެވެ. އަދި އެވަގުތަކީ އަދި އެތަނަކީ އަހުރެމެންނާއި ކަލެޔާއި خلاف ނުވާ ހަމަހަމަ ވަގުތަކާއި ތަނަކަށް ވާންވާނެއެވެ.
Verse 59
قَالَ مَوْعِدُكُمْ يَوْمُ ٱلزِّينَةِ وَأَن يُحْشَرَ ٱلنَّاسُ ضُحًى
Transliteration qāla mawʿidukum yawmu l-zīnati wa-an yuḥ'shara l-nāsu ḍuḥan
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އެވަގުތަކީ ޒީނަތްތެރިވާދުވަހެވެ. - عيد ދުވަހެވެ. އަދި އެދުވަހުގެ ضُحى ވަގުތު يعني: ދުވާލުގެ ކުރީކޮޅު މީސްތަކުން ޖަމާވެވެންވާނެއެވެ. ޖަމާކުރަންވާނެއެވެ.
Verse 60
فَتَوَلَّىٰ فِرْعَوْنُ فَجَمَعَ كَيْدَهُۥ ثُمَّ أَتَىٰ
Transliteration fatawallā fir'ʿawnu fajamaʿa kaydahu thumma atā
Dhivehi ފަހެ فرعون حقّ އާއި ދުރަށް އެނބުރި ފުރަގަސްދީފިއެވެ. އަދި އޭނާ سِحْرُ ވެރިން ޖަމާކޮށް ގޮތްތައް ރާވައިފިއެވެ. ދެން ކަނޑައެޅިގެންވާ ވަގުތު އެތަނަށް އަތުވެއްޖެއެވެ.
Verse 61
قَالَ لَهُم مُّوسَىٰ وَيْلَكُمْ لَا تَفْتَرُوا۟ عَلَى ٱللَّهِ كَذِبًا فَيُسْحِتَكُم بِعَذَابٍ ۖ وَقَدْ خَابَ مَنِ ٱفْتَرَىٰ
Transliteration qāla lahum mūsā waylakum lā taftarū ʿalā l-lahi kadhiban fayus'ḥitakum biʿadhābin waqad khāba mani if'tarā
Dhivehi موسى - عليه السّلام - އެމީހުންނަށް يعني: سِحْرُ ވެރިންނަށް ވިދާޅުވިއެވެ. ކަލޭމެންގެ މައްޗަށް ހަލާކު ހުއްޓެވެ. ނަމަނަމަ ކަލޭމެން ﷲ ގެ މައްޗަށް ދޮގެއް ނަހަދާހުށިކަމެވެ. ފަހެ އޭރުން عذاب އެއް އައިސް ކަލޭމެން ހަލާކުވެދާނެއެވެ. އަދި ދޮގުވެރި ކޮންމެ މީހަކު ގެއްލިހަލާކުވެއްޖެއެވެ.
Verse 62
فَتَنَـٰزَعُوٓا۟ أَمْرَهُم بَيْنَهُمْ وَأَسَرُّوا۟ ٱلنَّجْوَىٰ
Transliteration fatanāzaʿū amrahum baynahum wa-asarrū l-najwā
Dhivehi ދެންފަހެ އެމީހުން يعني: سِحْرُ ވެރިން އެމީހުންގެ ކަންތަކާއިމެދު އެމީހުންގެމެދުގައި ދެބަސްވެ އަރައިރުން އުފެދިއްޖެއެވެ. (އެއްބަޔަކު ބުންޏެވެ. موسى އާއި هارون އާއި ދެމީހުންނަކީ ދެ سِحْرُ ވެރިންކަމުގައިވަންޏާ އަހުރެމެން ގަދަވާނެއެވެ. އަދި އެއީ އުޑުގެ ކަމެއްކަމުގައިވަންޏާ އަހުރެމެން ބަލިވާނެއެވެ.) އަދި އެމީހުން ސިއްރު ޖަލްސާކުރިއެވެ.
Verse 63
قَالُوٓا۟ إِنْ هَـٰذَٰنِ لَسَـٰحِرَٰنِ يُرِيدَانِ أَن يُخْرِجَاكُم مِّنْ أَرْضِكُم بِسِحْرِهِمَا وَيَذْهَبَا بِطَرِيقَتِكُمُ ٱلْمُثْلَىٰ
Transliteration qālū in hādhāni lasāḥirāni yurīdāni an yukh'rijākum min arḍikum bisiḥ'rihimā wayadhhabā biṭarīqatikumu l-muth'lā
Dhivehi އެމީހުން يعني: سحر ވެރިން - ބުންޏެވެ. (އެސިއްރު ޖަލްސާގައި އެމީހުންބުނީ) ހަމަކަށަވަރުން މިދެމީހުންނަކީ يعني: موسى އާއި هارون އާއި ދެމީހުންނަކީ ކަނޑައެޅިގެން ދެ سِحْرُ ވެރިންނެވެ. އެމީހުން އެ އެދެނީ އެދެމީހުންގެ سِحْرُ ގެ ބާރުން ކަލޭމެން ކަލޭމެންގެ ބިމުން ނެރޭށެވެ. އަދި ކަލޭމެންގެ ރަނގަޅުގޮތް (ރަނގަޅު ދީން) ދުއްވައިލާށެވެ. (ނުވަތަ ކަލޭމެންގެތެރޭގައި ތިބި ރަނގަޅު މީހުންނާއިގެން ދާށެވެ. އެއީ بني إسرئيل ންނެވެ.)
Verse 64
فَأَجْمِعُوا۟ كَيْدَكُمْ ثُمَّ ٱئْتُوا۟ صَفًّا ۚ وَقَدْ أَفْلَحَ ٱلْيَوْمَ مَنِ ٱسْتَعْلَىٰ
Transliteration fa-ajmiʿū kaydakum thumma i'tū ṣaffan waqad aflaḥa l-yawma mani is'taʿlā
Dhivehi އޭ މިތިބަ سِحْرُ ވެރިންނޭވެ. ކަލޭމެން ކަލޭމެންގެ سِحْرُ ގެ ރޭވުންތައް ރާވައި ގަދަކޮށް ރަނގަޅު ކުރާށެވެ. ދެން ކަލޭމެން އެއްސަފަކަށް އަންނާށެވެ. އަދި ހަމަކަށަވަރުން މިއަދު މަތިވެރިވެ ގަދަވެއްޖެމީހަކު ކާމިޔާބުވެ ނަސީބުވެރިވެއްޖެއެވެ.
Verse 65
قَالُوا۟ يَـٰمُوسَىٰٓ إِمَّآ أَن تُلْقِىَ وَإِمَّآ أَن نَّكُونَ أَوَّلَ مَنْ أَلْقَىٰ
Transliteration qālū yāmūsā immā an tul'qiya wa-immā an nakūna awwala man alqā
Dhivehi އެމީހުން يعني: سِحْرُ ވެރިން ހުރިހާކަމެއް ރޭވުމަށްފަހު ދެންނެވިއެވެ. އޭ موسى އެވެ. އެހެންޏާ ކަލޭގެފާނު (އަސާކޮޅު) އެއްލަވާށެވެ. އަދި އެހެންނޫނީވިއްޔާ އެންމެ ފުރަތަމަ (سِحْرُ ގެ ސާމާނު) އުކާބަޔަކު ކަމުގައި އަހުރެމެން ވެދާހުށީމެވެ.
Verse 66
قَالَ بَلْ أَلْقُوا۟ ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ
Transliteration qāla bal alqū fa-idhā ḥibāluhum waʿiṣiyyuhum yukhayyalu ilayhi min siḥ'rihim annahā tasʿā
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން އުކާށެވެ! (ދެންފަހެ އެމީހުން އެމީހުންގެ سِحْرُ ގެ ވާބުރިތަކާ ދަނޑިބުރިތައް سِحْرُ ހަދާފައި އުކައިފިއެވެ.) ފަހެ އެހައިރުން އެމީހުންގެ ވާބުރިތަކާއި އެމީހުންގެ އަސާތައް އެކަލޭގެފާނަށް يعني: موسى عليه السّلام އަށް ހީފުޅުވީ އެމީހުންގެ سِحْرُ ގެބާރުން އެތަކެތި ހަމަކަށަވަރުން ދުވަނީކަމުގައެވެ. حركاة ކުރަނީކަމުގައެވެ. އެއީ ހަމަގަދަ سِحْرُ އެވެ.
Verse 67
فَأَوْجَسَ فِى نَفْسِهِۦ خِيفَةً مُّوسَىٰ
Transliteration fa-awjasa fī nafsihi khīfatan mūsā
Dhivehi ފަހެ موسى عليه السّلام އެކަލޭގެފާނުންގެ نفس ފުޅަށް ބިރުފުޅުގަތުމެއް إحساس ވެވަޑައިންފިއެވެ.
Verse 68
قُلْنَا لَا تَخَفْ إِنَّكَ أَنتَ ٱلْأَعْلَىٰ
Transliteration qul'nā lā takhaf innaka anta l-aʿlā
Dhivehi ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ އެންމެ މަތިވާނެ މީހާއެވެ. އެބަހީ: އެމީހުންނަށްވުރެ މާމަތިވާނެއެވެ.
Verse 69
وَأَلْقِ مَا فِى يَمِينِكَ تَلْقَفْ مَا صَنَعُوٓا۟ ۖ إِنَّمَا صَنَعُوا۟ كَيْدُ سَـٰحِرٍ ۖ وَلَا يُفْلِحُ ٱلسَّاحِرُ حَيْثُ أَتَىٰ
Transliteration wa-alqi mā fī yamīnika talqaf mā ṣanaʿū innamā ṣanaʿū kaydu sāḥirin walā yuf'liḥu l-sāḥiru ḥaythu atā
Dhivehi އަދި ކަލޭގެފާނުންގެ ކަނާތްޕުޅުގައި ތިޔަވާއެތި އެއްލައްވާށެވެ. އެމީހުން އެހެދިހާތަކެތި އެއެތި ކައި ދިރުވާނެއެވެ. ހަމަކަށަވަރުން އެމީހުން އެހެދިހާވެސް އެއްޗަކީ سِحْرُ ވެރިންގެ ރޭވުމާއި މަކަރެވެ. އަދި سِحْرُ ވެރިޔާވީ ކޮންމެތަނެއްގައިވެސް އޭނާއަށް ކާމިޔާބު ނުވާނެއެވެ. (ދެންފަހެ އެކަލޭގެފާނު އަސާކޮޅު އެއްލެވިއެވެ. އަދި އެހައިރުން ميدان ގައި حركاة ކުރާހެން ހީވި سِحْرُ ގެ ހުރިހާތަކެތި (އެ ވާބުރިތަކާއި ދަނޑިބުރިތައް) އެކަލޭގެފާނުންގެ އަސާކޮޅު ހަރުފަޔަކަށްވެގެންގޮސް ކައި ހުސްކޮށްލައިފިއެވެ. އެހިނދު سِحْرُ ވެރި އެންމެން އިމާންވެއްޖެއެވެ.)
Verse 70
فَأُلْقِىَ ٱلسَّحَرَةُ سُجَّدًا قَالُوٓا۟ ءَامَنَّا بِرَبِّ هَـٰرُونَ وَمُوسَىٰ
Transliteration fa-ul'qiya l-saḥaratu sujjadan qālū āmannā birabbi hārūna wamūsā
Dhivehi ފަހެ އެންމެހައި سِحْرُ ވެރިން سجدة ކުރާ حال ތިރިވެއްޖެއެވެ. އެބަހީ: سجدة ކޮށްފިއެވެ. އަދި އެމީހުން (އެކީ އެއްއަޑަކަށް) ބުންޏެވެ. އަހުރެމެން هارون އާއި موسى عليهما السّلام ގެ ربّ އަށް އީމާންވެއްޖައީމެވެ.
Verse 71
قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ ۖ فَلَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍ وَلَأُصَلِّبَنَّكُمْ فِى جُذُوعِ ٱلنَّخْلِ وَلَتَعْلَمُنَّ أَيُّنَآ أَشَدُّ عَذَابًا وَأَبْقَىٰ
Transliteration qāla āmantum lahu qabla an ādhana lakum innahu lakabīrukumu alladhī ʿallamakumu l-siḥ'ra fala-uqaṭṭiʿanna aydiyakum wa-arjulakum min khilāfin wala-uṣallibannakum fī judhūʿi l-nakhli walataʿlamunna ayyunā ashaddu ʿadhāban wa-abqā
Dhivehi އޭނާ يعني: فرعون ބުންޏެވެ. ކަލޭމެންނަށް އަހުރެން إذْنَ ނުދެނީސް ކަލޭމެން އޭނާއަށް އީމާންވީހެއްޔެވެ؟ ހަމަކަށަވަރުން އޭނާއަކީ އެބަހީ: موسى އަކީ ކަލޭމެންނަށް سِحْرُ އުގަންނައިދިން ކަލޭމެންގެ ބޮޑުމީހާއެވެ. ފަހެ ހަމަކަށަވަރުން ކަލޭމެންގެ އަތްތަކާއި ފައިތައް ތަފާތުކޮށް އެބަހީ: ކަންކުތިވާގޮތަށް (ކަނާތާއި ވައަތުފައިވާގޮތަށް) އަހުރެން ކަނޑާހުށީމެވެ. އަދި ހަމަކަށަވަރުން ކަދުރު ރުކުގެ ގަސްގަނޑުގައި ކަނޑައެޅިގެން ކަލޭމެން صَلِيْبُ ކުރާހުށީމެވެ. އަދި އަހުރެންނާއި موسى އާއި ދެމީހުންކުރެ عذاب ގަދަވެފައި ދެމިހުރުން ބޮޑީކާކުކަން ކަލޭމެންނަށް އެނގިދާނެއެވެ. (سِحْرُ ވެރިންނަކީ އެޒަމާނުގައި އެފަދައެއްނުވާ މޮޅު سِحْرُ ވެރިންނެވެ. سِحْرُ އާއި معجزة އާއި ދޭތި ވަކިކުރަން އެމީހުންނަށް އެނގިއްޖެއެވެ. ކޮންމެ فَنّ އެއްގެވެސް އޭގެ أهل ވެރިބަޔަކަށް އޭގެ حقيقة އެނގޭނެއެވެ. موسى ގެފާނުންގެ ކަމަކީ سِحْرُ ނޫންކަން އެމީހުންނަށް ރަނގަޅަށް އެނގި އަވަހަށް އީމާންވީއެވެ. فرعون ފޭހުނު އިލޮށިގަނޑުވަނީ އޭގެ ލޮލަށެވެ.)
Verse 72
قَالُوا۟ لَن نُّؤْثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلْبَيِّنَـٰتِ وَٱلَّذِى فَطَرَنَا ۖ فَٱقْضِ مَآ أَنتَ قَاضٍ ۖ إِنَّمَا تَقْضِى هَـٰذِهِ ٱلْحَيَوٰةَ ٱلدُّنْيَآ
Transliteration qālū lan nu'thiraka ʿalā mā jāanā mina l-bayināti wa-alladhī faṭaranā fa-iq'ḍi mā anta qāḍin innamā taqḍī hādhihi l-ḥayata l-dun'yā
Dhivehi އެމީހުން يعني: سحر ވެރިން فرعون އަށް ބުންޏެވެ. އަހުރެމެންގެގާތަށް އެކަލޭގެފާނު يعني: موسى عليه السّلام އެގެންނެވި بيان ވެގެންވާ دليل ތަކުގެމައްޗަށް އަދި އަހުރެމެން ނެތުމުގެ ތެރެއިން ހެއްދެވި މަތިވެރި މާތް ﷲ ގެ މައްޗަށް އަހުރެމެން ކަލޭގެ ބަސް އިސްނުކުރާހުށީމެވެ. ފަހެ ކަލޭ ހަދާނެ އެއްޗެއް ކަލޭ ހަދާށެވެ. ހަމަކަށަވަރުން ކަލޭކުރާނެކަމެއް ކުރެވޭނެކަން ކަށަވަރީ ހަމަ މިދުނިޔޭގެ حياة ގައެވެ. އޭރުން ދެން އެނިމުނީއެވެ. އެހެންވެސްވާނީ ﷲ އިރާދަކުރެއްވިއްޔާއެވެ.
Verse 73
إِنَّآ ءَامَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطَـٰيَـٰنَا وَمَآ أَكْرَهْتَنَا عَلَيْهِ مِنَ ٱلسِّحْرِ ۗ وَٱللَّهُ خَيْرٌ وَأَبْقَىٰٓ
Transliteration innā āmannā birabbinā liyaghfira lanā khaṭāyānā wamā akrahtanā ʿalayhi mina l-siḥ'ri wal-lahu khayrun wa-abqā
Dhivehi ހަމަކަށަވަރުން އަހުރެމެން އަހުރެމެންގެ ربّ އަށް إيمان ވެއްޖައީމެވެ. އެއީ އެކަލާނގެ އަހުރެމެންގެ ފާފަތައް ފުއްސެވުމަށާއި އަދި سحر ގެތެރެއިން ކަލޭ އަހުރެމެންނަށް مجبور ކޮށް އަހުރެމެން ނުރުހިގެންވާ حال އަހުރެމެންކުރި ކަންތައްވެސް އަހުރެމެންނަށް އެކަލާނގެ ފުއްސެވުމަށެވެ. އަދި (ثواب ދެއްވުމުގެގޮތުން ކަލެއަށްވުރެ) ﷲ މާހެޔޮވެގެންވެއެވެ. އަދި (عقوبة ދެއްވުމާއި عذاب ދެއްވުމުގެގޮތުން) އެކަލާނގެ عذاب އާއި عقوبة ދެމިހުރުން ބޮޑެވެ.
Verse 74
إِنَّهُۥ مَن يَأْتِ رَبَّهُۥ مُجْرِمًا فَإِنَّ لَهُۥ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحْيَىٰ
Transliteration innahu man yati rabbahu muj'riman fa-inna lahu jahannama lā yamūtu fīhā walā yaḥyā
Dhivehi ހަމަކަށަވަރުން ނުބައިނުލަފާވެގެންވާ حال (قيامة ދުވަހުން) އެމީހެއްގެ ربّ ގެ حضرة އަށް އައިމީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހާއަށް ހުރީ ނަރަކައެވެ. އެތާނގައި އޭނާ މަރުނުވާނެއެވެ. އަދި ނުމެދިރޭނެމެއެވެ.
Verse 75
وَمَن يَأْتِهِۦ مُؤْمِنًا قَدْ عَمِلَ ٱلصَّـٰلِحَـٰتِ فَأُو۟لَـٰٓئِكَ لَهُمُ ٱلدَّرَجَـٰتُ ٱلْعُلَىٰ
Transliteration waman yatihi mu'minan qad ʿamila l-ṣāliḥāti fa-ulāika lahumu l-darajātu l-ʿulā
Dhivehi އަދި އެމީހަކު ކަނޑައެޅިގެން صالح عمل ކޮށް مؤمن އަކުކަމުގައިވެގެންވާ حال އެމީހެއްގެ ربّ ގެ حضرة އަށް އައިމީހާ ދަންނައެވެ. ފަހެ އެފަދަ މީހުންނަށްހުރީ ކަނޑައެޅިގެން މަތިވެރި ދަރަޖަތަކެވެ.
Verse 76
جَنَّـٰتُ عَدْنٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَذَٰلِكَ جَزَآءُ مَن تَزَكَّىٰ
Transliteration jannātu ʿadnin tajrī min taḥtihā l-anhāru khālidīna fīhā wadhālika jazāu man tazakkā
Dhivehi އަދި އެމީހަކު ކަނޑައެޅިގެން صالح عمل ކޮށް مؤمن އަކުކަމުގައިވެގެންވާ حال އެމީހެއްގެ ربّ ގެ حضرة އަށް އައިމީހާ ދަންނައެވެ. ފަހެ އެފަދަ މީހުންނަށްހުރީ ކަނޑައެޅިގެން މަތިވެރި ދަރަޖަތަކެވެ.
Verse 77
وَلَقَدْ أَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِى فَٱضْرِبْ لَهُمْ طَرِيقًا فِى ٱلْبَحْرِ يَبَسًا لَّا تَخَـٰفُ دَرَكًا وَلَا تَخْشَىٰ
Transliteration walaqad awḥaynā ilā mūsā an asri biʿibādī fa-iḍ'rib lahum ṭarīqan fī l-baḥri yabasan lā takhāfu darakan walā takhshā
Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى عليه السّلام އަށް وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އަޅުތަކުންނާއިގެން - އެބަހީ: بني إسرائيل ންނާއިގެން - ކަލޭގެފާނު ރޭގަނޑު ހިންގަވާފައި (ތިޔަރަށުން) ނުކުމެވަޑައިގެން ވަޑައިގަންނަވާށެވެ! އަދި އެމީހުންނަށްޓަކައި ކަނޑުގައި ހިކިމަގެއް ކަލޭގެފާނު ލައްވައިދެއްވާށެވެ އެމަގަކީ (فرعون އާއި އޭނާގެ މީހުން ކަލޭމެން އަތުލައިގަނެފާނެކަމުގެ ބިރެއްނުވާ އަދި غرق ވެދާނެކަމަށް) ކަލޭގެފާނު ބިރުނުގަންނަވާނޭ މަގެކެވެ.
Verse 78
فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِۦ فَغَشِيَهُم مِّنَ ٱلْيَمِّ مَا غَشِيَهُمْ
Transliteration fa-atbaʿahum fir'ʿawnu bijunūdihi faghashiyahum mina l-yami mā ghashiyahum
Dhivehi ދެންފަހެ فرعون އޭނާގެ لشكر އާއިއެކު އެމީހުންގެފަހަތުން تبع ވެގެން އައެވެ. ދެން އަދި އެމީހުން يعني: فرعون އާއި އޭނާގެ لشكر ކަނޑުގެތެރޭގައި ނިވައިވެގެންދިޔައީއެވެ. غرق ވެ މަރުވެގެން ދިޔައީއެވެ. (މިއާޔަތުގައިމިވަނީ موسى عليه السّلام އާއި فرعون އާއި ދެމެދު އެތައްކަމެއްވެ. އަދި އެތައް ދުވަހެއްވުމަށްފަހު فرعون ހަލާކު ކުރެއްވުމުގެ ވާހަކައެވެ. މުޅި قرآن ގެ އެތައް މިތާ އެވާހަކަތައްވެއެވެ.)
Verse 79
وَأَضَلَّ فِرْعَوْنُ قَوْمَهُۥ وَمَا هَدَىٰ
Transliteration wa-aḍalla fir'ʿawnu qawmahu wamā hadā
Dhivehi އަދި فرعون އޭނާގެ قوم މުޅިން މަގުފުރައްދައިފިއެވެ. (އެއީ އޭނާ އެމީހުންނަށް ﷲ އަށް ކާފަރުވުމަށް އަމުރުކޮށް ސީދާމަގުން އެމީހުން ދުރުކުރިހިނދުންނެވެ.) އަދި އޭނާ އެމީހުންނަށް ތެދުމަގު ނުދެއްކިއެވެ. (އެއީ އެމީހުން موسى عليه السّلام އާއި تبع ވެ އެކަލޭގެފާނު ތެދުކުރުމުން އެމީހުންނަށް މަނާކޮށް ނަހީކުރިހިނދުންނެވެ.)
Verse 80
يَـٰبَنِىٓ إِسْرَٰٓءِيلَ قَدْ أَنجَيْنَـٰكُم مِّنْ عَدُوِّكُمْ وَوَٰعَدْنَـٰكُمْ جَانِبَ ٱلطُّورِ ٱلْأَيْمَنَ وَنَزَّلْنَا عَلَيْكُمُ ٱلْمَنَّ وَٱلسَّلْوَىٰ
Transliteration yābanī is'rāīla qad anjaynākum min ʿaduwwikum wawāʿadnākum jāniba l-ṭūri l-aymana wanazzalnā ʿalaykumu l-mana wal-salwā
Dhivehi އޭ بني إسرائيل ންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ عدوّ ގެ ކިބައިން ތިމަންރަސްކަލާނގެ ކަލޭމެން ސަލާމަތް ކުރެއްވީމެވެ. އަދި طور ފަރުބަދައިގެ ކަނާތްފަރާތު ކައިރިޔަށް ކަލޭމެން ދިއުމަށް ތިމަންރަސްކަލާނގެ ކަލޭމެންނަށް وعد ކުރީމެވެ. (އެއީ موسى عليه السّلام އަށް وحي ބާވައިލައްވާއިރު އެމީހުންވެސް ﷲ ގެ ބަސްފުޅު އެހުމަށެވެ. އެއީ އެމީހުންނަށް އެކަލާނގެ ދެއްވި ބޮޑު نعمة އެކެވެ.) އަދި އެކަލާނގެ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ ކަލޭމެންގެ މައްޗަށް (ކާނާއެއްގެގޮތުން) مَنُّ އާއި سَلْوَى ބާވައިލެއްވީމެވެ. (މިދެބަހުގެމާނަ އިސްވެ ހިގައްޖެއެވެ.)
Verse 81
كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ وَلَا تَطْغَوْا۟ فِيهِ فَيَحِلَّ عَلَيْكُمْ غَضَبِى ۖ وَمَن يَحْلِلْ عَلَيْهِ غَضَبِى فَقَدْ هَوَىٰ
Transliteration kulū min ṭayyibāti mā razaqnākum walā taṭghaw fīhi fayaḥilla ʿalaykum ghaḍabī waman yaḥlil ʿalayhi ghaḍabī faqad hawā
Dhivehi (އަދި ތިމަންރަސްކަލާނގެ އެންގެވީމެވެ.) ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވި ރަނގަޅު حلال ރިޒުގުން ކަލޭމެން ކައިހަދާށެވެ. އަދި އެރިޒުގު ކެއުމުގައި ކަލޭމެން ހައްދުފަހަނަޅައި ނުދާށެވެ. އެހެން ހަދައިފިނަމަ - އެބަހީ: ހައްދުފަހަނަޅައި ހިނގައްޖެނަމަ - ކަލޭމެންގެމައްޗަށް ތިމަންރަސްކަލާނގެ ކޯފާ حقّ ވެ واجب ވެދާނެއެވެ. އަދި އެމީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ حقّ ވެއްޖެމީހާ ހަމަކަށަވަރުން އެމީހާ ހަލާކުވެއްޖެއެވެ. ނަރަކައިގެ އަޑިޔަށް ވެއްޓިއްޖެއެވެ.
Verse 82
وَإِنِّى لَغَفَّارٌ لِّمَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًا ثُمَّ ٱهْتَدَىٰ
Transliteration wa-innī laghaffārun liman tāba waāmana waʿamila ṣāliḥan thumma ih'tadā
Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ، توبة ވެ އަދި إيمان ވެ صالح عمل ކޮށް ދެން އެސީދާ މަގުގައި ތެދުމަގާއި قائم ވެ ހުރި ކޮންމެމީހަކަށް ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.
Verse 83
۞ وَمَآ أَعْجَلَكَ عَن قَوْمِكَ يَـٰمُوسَىٰ
Transliteration wamā aʿjalaka ʿan qawmika yāmūsā
Dhivehi އޭ موسى - عليه السّلام - އެވެ. ކަލޭގެފާނުންގެ قوم ގެމީހުންނަށްވުރެ ކުރިން ކަލޭގެފާނު ގިނިކަންޏާ އަވަހަށް مِيْعَاد އަށް ވަޑައިގެންނެވީ ކީއްވެގެންތޯއެވެ؟
Verse 84
قَالَ هُمْ أُو۟لَآءِ عَلَىٰٓ أَثَرِى وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ
Transliteration qāla hum ulāi ʿalā atharī waʿajil'tu ilayka rabbi litarḍā
Dhivehi އެކަލޭގެފާނު ދެންނެވިއެވެ. އެމީހުން މިއަޅާގެފަހަތުން އެއަންނަނީއެވެ. އެމީހުން އެވަނީ މިއަޅާއާއި تبع ވެ މިއަޅާގެ އަސަރުގެ މަތީގައެވެ. އަދި އޭއަޅުގެ ربّ އެވެ. އިބަރަސްކަލާނގެ حضرة އަށް މިއަޅާ އަވަސްވީ އިބަރަސްކަލާނގެ ރުއްސެވުމަށެވެ. ރުއްސެވުން ލިބިގަތުމަށެވެ.
Verse 85
قَالَ فَإِنَّا قَدْ فَتَنَّا قَوْمَكَ مِنۢ بَعْدِكَ وَأَضَلَّهُمُ ٱلسَّامِرِىُّ
Transliteration qāla fa-innā qad fatannā qawmaka min baʿdika wa-aḍallahumu l-sāmiriyu
Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. (އޭ موسى އެވެ.) ކަލޭގެފާނު ނުކުމެވަޑައިގެންނެވުމަށްފަހު ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ قوم ގެމީހުން إمتحان ކޮށްފީމެވެ. އަދި سَامِرِى އެމީހުން މަގުފުރައްދައިފިއެވެ.
Verse 86
فَرَجَعَ مُوسَىٰٓ إِلَىٰ قَوْمِهِۦ غَضْبَـٰنَ أَسِفًا ۚ قَالَ يَـٰقَوْمِ أَلَمْ يَعِدْكُمْ رَبُّكُمْ وَعْدًا حَسَنًا ۚ أَفَطَالَ عَلَيْكُمُ ٱلْعَهْدُ أَمْ أَرَدتُّمْ أَن يَحِلَّ عَلَيْكُمْ غَضَبٌ مِّن رَّبِّكُمْ فَأَخْلَفْتُم مَّوْعِدِى
Transliteration farajaʿa mūsā ilā qawmihi ghaḍbāna asifan qāla yāqawmi alam yaʿid'kum rabbukum waʿdan ḥasanan afaṭāla ʿalaykumu l-ʿahdu am aradttum an yaḥilla ʿalaykum ghaḍabun min rabbikum fa-akhlaftum mawʿidī
Dhivehi ފަހެ موسى عليه السّلام އެކަލޭގެފާނުގެ قوم އަށް ގަދައަށް ކޯފާވެވަޑައިގެން ހިތާމަފުޅުކުރައްވާ حال ކޮޅު އެނބުރި رجوع ވެވަޑައިގެންފިއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. އޭ އަހުރެންގެ قوم އެވެ. ކަލޭމެންގެ ربّ ކަލޭމެންނަށް ރަނގަޅު وعد ފުޅު ނުކުރައްވައިހެއްޔެވެ؟ ނުވަތަ ކަލޭމެންނަށް އެކަލާނގެ ކުރެއްވި عهد އާއި وعد ގެ މުއްދަތު ދިގުވީހެއްޔެވެ؟ ނުވަތަ ކަލޭމެންގެ ربّ ގެ ކޯފާ ކަލޭމެންގެމައްޗަށް އައުމަށް ކަލޭމެން އެދެނީހެއްޔެވެ؟ ތިމަންކަލޭގެފާނުންގެ وعد އާއި عهد އާއި ކަލޭމެން خلاص ވީ އެހެންވެގެންހެއްޔެވެ؟ (އެމީހުން عهد ވެފައިވަނީ موسى عليه السّلام އަށް ކިޔަމަންތެރިވުމަށެވެ.)
Verse 87
قَالُوا۟ مَآ أَخْلَفْنَا مَوْعِدَكَ بِمَلْكِنَا وَلَـٰكِنَّا حُمِّلْنَآ أَوْزَارًا مِّن زِينَةِ ٱلْقَوْمِ فَقَذَفْنَـٰهَا فَكَذَٰلِكَ أَلْقَى ٱلسَّامِرِىُّ
Transliteration qālū mā akhlafnā mawʿidaka bimalkinā walākinnā ḥummil'nā awzāran min zīnati l-qawmi faqadhafnāhā fakadhālika alqā l-sāmiriyu
Dhivehi އެމީހުން ދެންނެވިއެވެ. އަޅުގަނޑުމެން ހަމަ قصد ގައި ކަލޭގެފާނުންގެ عهد އާއި خلاف ވީއެއްނޫނެވެ. އަދި ކިއެއްތޯއެވެ. ރަށުގެމީހުންގެ ޒީނަތުގެ ތެރެއިން - އެބަހީ: ގަހަނާގެތެރެއިން - ބޮޑުބަރެއް ބައިވަރުތަކެއް - އަހުރެމެން އުފުލީއެވެ. ދެން އެތަކެތި އަހުރެމެން (އަލިފާނަށް) ނުވަތަ ވަޅަކަށް އެޅީއެވެ. سَامِرِى ވެސް ހަމައެފަދައިން އެތަކެތި އަލިފާނަށް އެޅީއެވެ.
Verse 88
فَأَخْرَجَ لَهُمْ عِجْلًا جَسَدًا لَّهُۥ خُوَارٌ فَقَالُوا۟ هَـٰذَآ إِلَـٰهُكُمْ وَإِلَـٰهُ مُوسَىٰ فَنَسِىَ
Transliteration fa-akhraja lahum ʿij'lan jasadan lahu khuwārun faqālū hādhā ilāhukum wa-ilāhu mūsā fanasiya
Dhivehi އަދި އޭނާ ޅަގެރިއެއްގެ ހަށިގަނޑުގޮތަށް މީސްތަކުންގެކުރިމައްޗަށް އެއްޗެއް ނެރުނީއެވެ. އޭގައި ލޯވަޅެއްވެސް ހުއްޓެވެ. އަދި ގެރިގޮވާގޮތަށް އެއިން އަޑުއިވެއެވެ. އަދި އެމީހުން - އެބަހީ: سَامِرِى އާއި އޭނާއަށް تبع ވީމީހުން ބުނީ - މިއީ ކަލޭމެންގެ إله އެވެ. އަދި موسى عليه السّلام ގެވެސް إله އެވެ. ފަހެ އެކަލޭގެފާނު مِيْقات އަށް ވަޑައިގެންނެވިއިރު ގެންދަވަން ހަނދުމަފުޅުނެތުނީއެވެ.
Verse 89
أَفَلَا يَرَوْنَ أَلَّا يَرْجِعُ إِلَيْهِمْ قَوْلًا وَلَا يَمْلِكُ لَهُمْ ضَرًّا وَلَا نَفْعًا
Transliteration afalā yarawna allā yarjiʿu ilayhim qawlan walā yamliku lahum ḍarran walā nafʿan
Dhivehi އެމީހުން ފަހެ އެމީހުންގެ ވާހަކަތަކަށް އެއްވެސް ރައްދު ޖަވާބެއް އޭތި ނުދޭކަން ނުވަތަ އެއްވެސް ގެއްލުމެއް އެމީހުންނަށް ދިނުމަށް ނުވަތަ އެމީހުންނަށް منفع އެއް ދިނުމަށްވިޔަސް އެއެއްޗަށް މިލްކުވެގެން ނުވާކަން އެމީހުންނަށް ނުފެނޭބާވައެވެ. އެމީހުންނަކަށް ނޭނގޭބާވައެވެ؟
Verse 90
وَلَقَدْ قَالَ لَهُمْ هَـٰرُونُ مِن قَبْلُ يَـٰقَوْمِ إِنَّمَا فُتِنتُم بِهِۦ ۖ وَإِنَّ رَبَّكُمُ ٱلرَّحْمَـٰنُ فَٱتَّبِعُونِى وَأَطِيعُوٓا۟ أَمْرِى
Transliteration walaqad qāla lahum hārūnu min qablu yāqawmi innamā futintum bihi wa-inna rabbakumu l-raḥmānu fa-ittabiʿūnī wa-aṭīʿū amrī
Dhivehi އަދި ހަމަކަށަވަރުން އޭގެކުރިން އެބަހީ: موسى عليه السّلام ވަޑައިގެންނެވުމުގެ ކުރިން - هارون عليه السّلام އެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ. ހަމަކަށަވަރުން އެޅަގެރީގެ ސަބަބުން - އެއަށް އަޅުކަންކުރުމުގެ ސަބަބުން ކަލޭމެންނަށް إمتحان ޖެހުނީއެވެ. އެބަހީ: ﷲ ކަލޭމެން إمتحان ކުރެއްވީއެވެ. އަދި ހަމަކަށަވަރުން ކަލޭމެންގެ ربّ އަކީ رحمن ވަންތަ ﷲ އެވެ. އަދި ކަލޭމެން ތިމަންކަލޭގެފާނާއި تبع ވާށެވެ. އަދި ތިމަންކަލޭގެފާނުންގެ أمر އަށް ކަލޭމެން ކިޔަމަންތެރިވާށެވެ.
Verse 91
قَالُوا۟ لَن نَّبْرَحَ عَلَيْهِ عَـٰكِفِينَ حَتَّىٰ يَرْجِعَ إِلَيْنَا مُوسَىٰ
Transliteration qālū lan nabraḥa ʿalayhi ʿākifīna ḥattā yarjiʿa ilaynā mūsā
Dhivehi އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. އަހުރެމެންގެ ގާތަށް موسى عليه السّلام ވަޑައިގަންނަވަންދެން އަހުރެމެން އެއަށް يعني: އެގެރިއަށް އަޅުކަންކުރުމުން ފިލާނުދާހުށީމެވެ. އެބަހީ: އެގެރިއަށް އަޅުކަންކުރާހުށީމެވެ. (ދެންފަހެ هارون عليه السّلام އެމީހުންގެ ކަންތަކާއި އަޅުއްވައި ނުލެއްވިކަމަށް ހީފުޅު ކުރައްވައި...)
Verse 92
قَالَ يَـٰهَـٰرُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوٓا۟
Transliteration qāla yāhārūnu mā manaʿaka idh ra-aytahum ḍallū
Dhivehi موسى عليه السّلام ވިދާޅުވިއެވެ. އޭ هارون عليه السّلام އެވެ. އެމީހުން މަގުފުރެދޭތަން ފެނިވަޑައިގަތުމުން އެކަމުން އެމީހުން މަނާނުކުރެއްވީ ކީއްވެގެންތޯއެވެ؟
Verse 93
أَلَّا تَتَّبِعَنِ ۖ أَفَعَصَيْتَ أَمْرِى
Transliteration allā tattabiʿani afaʿaṣayta amrī
Dhivehi ކަލޭގެފާނު ތިމަންކަލޭގެފާނަށް تبع ވެވަޑައިނުގަންނަވަނީތޯއެވެ؟ ނުވަތަ ތިމަންކަލޭގެފާނުންގެ أمر ފުޅަށް ކަލޭގެފާނު އުރެދިވަޑައިގެންނެވީތޯއެވެ؟
Verse 94
قَالَ يَبْنَؤُمَّ لَا تَأْخُذْ بِلِحْيَتِى وَلَا بِرَأْسِىٓ ۖ إِنِّى خَشِيتُ أَن تَقُولَ فَرَّقْتَ بَيْنَ بَنِىٓ إِسْرَٰٓءِيلَ وَلَمْ تَرْقُبْ قَوْلِى
Transliteration qāla yabna-umma lā takhudh biliḥ'yatī walā birasī innī khashītu an taqūla farraqta bayna banī is'rāīla walam tarqub qawlī
Dhivehi އެކަލޭގެފާނު يعني: هارون - عليه السّلام - ވިދާޅުވިއެވެ. އޭ އަހުރެންގެ މަންމަގެ ދަރިކަލުންނޭވެ. އަހުރެންގެ ތުނބުޅީގައި ނުހިއްޕަވާށެވެ! އަދި އަހުރެންގެ ބޮލުގައިވެސް ނުހިއްޕަވާށެވެ. ހަމަކަށަވަރުން بني إسرائيل ން ވަކިވަކިކޮށް އަދި އަހުރެންގެ ބަހަށް ރައްކާތެރިނުވިއޭ އަހުރެންނާ ދިމާލަށް ކަލޭގެފާނު ވިދާޅުވެދާނެކަމަށް އަހުރެން ބިރުގަތީއެވެ. (އެހެންނޫނަމަ އަހުރެންވެސް އެމީހުންނާ ވަކިވެ ދުރުވީހެވެ.)
Verse 95
قَالَ فَمَا خَطْبُكَ يَـٰسَـٰمِرِىُّ
Transliteration qāla famā khaṭbuka yāsāmiriyyu
Dhivehi އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އޭ سَامِرِى އެވެ. ކަލޭ އެކަން ކުރީ ކޮން مقصد އެއްގައިހެއްޔެވެ؟ (ކީކޭ ހީކޮށްގެންހެއްޔެވެ؟)
Verse 96
قَالَ بَصُرْتُ بِمَا لَمْ يَبْصُرُوا۟ بِهِۦ فَقَبَضْتُ قَبْضَةً مِّنْ أَثَرِ ٱلرَّسُولِ فَنَبَذْتُهَا وَكَذَٰلِكَ سَوَّلَتْ لِى نَفْسِى
Transliteration qāla baṣur'tu bimā lam yabṣurū bihi faqabaḍtu qabḍatan min athari l-rasūli fanabadhtuhā wakadhālika sawwalat lī nafsī
Dhivehi އޭނާ يعني: سَامِرِى ދެންނެވިއެވެ. އެމީހުން ނުދެކޭ އެއްޗެއް އަހުރެން ދުށީއެވެ. (އެއީ جبريل عليه السّلام އަރާވަޑައިގެން އިންނެވި އަހުގެ މޮއްގަނޑު އަޅާތާގައިވާ ތަކެތީގައި ދިރުމެއްވާތަނެވެ.) ދެން رسول ގެ އަސަރުން - އެބަހީ: جبريل عليه السّلام އަރާވަޑައިގެން އިންނެވި އަހުގެ މޮއްގަނޑު ދަށުން އަހުރެން މުއްވަރެއް ނެގީމެވެ. ދެން އެމުއްވަރު އެގެރީގެމައްޗަށް އަހުރެން އުކައިލީމެވެ. އަހުރެންގެ نفس އަހުރެންގެ މައްޗަށް އެކަން ޒީނަތްތެރިކޮށްދިނީ އެފަދައިންނެވެ. (ދެން އެގެރި ދިރުނީއެވެ.)
Verse 97
قَالَ فَٱذْهَبْ فَإِنَّ لَكَ فِى ٱلْحَيَوٰةِ أَن تَقُولَ لَا مِسَاسَ ۖ وَإِنَّ لَكَ مَوْعِدًا لَّن تُخْلَفَهُۥ ۖ وَٱنظُرْ إِلَىٰٓ إِلَـٰهِكَ ٱلَّذِى ظَلْتَ عَلَيْهِ عَاكِفًا ۖ لَّنُحَرِّقَنَّهُۥ ثُمَّ لَنَنسِفَنَّهُۥ فِى ٱلْيَمِّ نَسْفًا
Transliteration qāla fa-idh'hab fa-inna laka fī l-ḥayati an taqūla lā misāsa wa-inna laka mawʿidan lan tukh'lafahu wa-unẓur ilā ilāhika alladhī ẓalta ʿalayhi ʿākifan lanuḥarriqannahu thumma lanansifannahu fī l-yami nasfan
Dhivehi އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އޭ ސާމިރީއެވެ. ކަލޭދާށެވެ. ހަމަކަށަވަރުން ދުނިޔޭގެ حياة ގައި ކަލެއަށް އޮތީ "لاَمِسَاس" މިހެން ބުނުމެވެ. ބީހުމެއް ނުވެއެވެ. އެބަހީ: ކަލޭ މީހަކުގައިގައި ނުބީހޭށެވެ. އަދި އެހެންމީހުންވެސް ކަލޭގެ ގައިގާ ބީހުމެއްނުވެއެވެ.) އަދި ހަމަކަށަވަރުން ކަނޑައެޅިގެންވާ ވަކިވަގުތެއް ކަލެއަށް ވެއެވެ. އެކަލާނގެ އެވަގުތުން ކަލޭ ފަސްނުކުރައްވާ ހުއްޓެވެ. އެއީ ކަލެއަށް عذاب ދެއްވުމުގެ ވަގުތެވެ. އެއީ قيامة ދުވަހެވެ. އަދި ކަލޭ އެއަށް އަޅުކަންކުރުންމަތީ قائم ވެގެންހުރި إله އަށް (އެގެރިއަށް) ކަލޭ ނިކަން ބަލައިބަލާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު އޭތި އަންދާލާހުށީމެވެ. ދެން ހަމަކަށަވަރުން ދެން ކަނޑަށް ގިރުވައިލާހުށީމެވެ.
Verse 98
إِنَّمَآ إِلَـٰهُكُمُ ٱللَّهُ ٱلَّذِى لَآ إِلَـٰهَ إِلَّا هُوَ ۚ وَسِعَ كُلَّ شَىْءٍ عِلْمًا
Transliteration innamā ilāhukumu l-lahu alladhī lā ilāha illā huwa wasiʿa kulla shayin ʿil'man
Dhivehi އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ إله އަކީ ﷲ އެވެ. އެކަލާނގެ މެނުވީحقّ އެހެން އެއްވެސް إله އަކު ނުވެއެވެ. އަދި އެކަލާނގެ ދެނެވޮޑިގަތުން ކޮންމެ އެއްޗެއްގެމައްޗަށް ތަނަވަސްވެގެންވެއެވެ.
Verse 99
كَذَٰلِكَ نَقُصُّ عَلَيْكَ مِنْ أَنۢبَآءِ مَا قَدْ سَبَقَ ۚ وَقَدْ ءَاتَيْنَـٰكَ مِن لَّدُنَّا ذِكْرًا
Transliteration kadhālika naquṣṣu ʿalayka min anbāi mā qad sabaqa waqad ātaynāka min ladunnā dhik'ran
Dhivehi (އޭ رَسُوْلُ الله އެވެ.) އިސްވެދިޔަ أمّة ތަކުގެ خبر ތައް ކަލޭގެފާނަށް ތިމަންރަސްކަލާނގެ މިކިޔައިދެނީ އެފަދައިންނެވެ. އެއީ موسى عليه السّلام ގެ خبر ތައްވެސް މިކިޔައިދިންފަދައިންނެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ން ކަލޭގެފާނަށް ذِكر އެއް އަތުވެއްޖެއެވެ. އެއީ ކީރިތި قرآن އެވެ.
Verse 100
مَّنْ أَعْرَضَ عَنْهُ فَإِنَّهُۥ يَحْمِلُ يَوْمَ ٱلْقِيَـٰمَةِ وِزْرًا
Transliteration man aʿraḍa ʿanhu fa-innahu yaḥmilu yawma l-qiyāmati wiz'ran
Dhivehi އެ قرآن ން އެނބުރި ފުރަގަސްދީފިމީހާ ހަމަކަށަވަރުން އެމީހާ قيامة ދުވަހުން ބޮޑުވެގެންވާ ބަރެއް އުފުލާނެއެވެ. އެއީ ފާފައިގެ ބަރެވެ.
Verse 101
خَـٰلِدِينَ فِيهِ ۖ وَسَآءَ لَهُمْ يَوْمَ ٱلْقِيَـٰمَةِ حِمْلًا
Transliteration khālidīna fīhi wasāa lahum yawma l-qiyāmati ḥim'lan
Dhivehi އަދި އެފާފައިގެ ސަބަބުން އެފަދަ މީހުން ނަރަކައިގައި ދެމިތިބޭހުއްޓެވެ. قيامة ދުވަހުން އެމީހުން އެއުފުލާ ބުރައިގެ ހުރި ނުބައިކަމާއެވެ.
Verse 102
يَوْمَ يُنفَخُ فِى ٱلصُّورِ ۚ وَنَحْشُرُ ٱلْمُجْرِمِينَ يَوْمَئِذٍ زُرْقًا
Transliteration yawma yunfakhu fī l-ṣūri wanaḥshuru l-muj'rimīna yawma-idhin zur'qan
Dhivehi ތާޅަފިލި ފުންމެވޭދުވަހު (އެއީ قيامة ދުވަހެވެ.) ނުބައިނުލަފާމީހުން ތިމަންރަސްކަލާނގެ އެދުވަހުން محشر ކުރައްވާހުށީ ލޯތައް ނޫވެގެންވާ حال ގައެވެ. (އެއީ ފެންބޮވައިގަތުމުގެ ގަދަކަމުން ލޯތަކަށްވާ ގޮތެއްކަމުގައި ބުނެވެއެވެ. والله أعلم.
Verse 103
يَتَخَـٰفَتُونَ بَيْنَهُمْ إِن لَّبِثْتُمْ إِلَّا عَشْرًا
Transliteration yatakhāfatūna baynahum in labith'tum illā ʿashran
Dhivehi އެމީހުންގެމެދުގައި (އެދުވަހުން) ސިއްރުސިއްރުން ވައިއަޑުން އެކަކު އަނެކަކަށް ބުނާނެއެވެ. ތިޔަބައިމީހުން (ދުނިޔޭގައި / ނުވަތަ ކަށްވަޅުގައި) ހަމަ އެންމެ ދިހަރޭ ނޫނީ ނުތިބެއެވެ.
Verse 104
نَّحْنُ أَعْلَمُ بِمَا يَقُولُونَ إِذْ يَقُولُ أَمْثَلُهُمْ طَرِيقَةً إِن لَّبِثْتُمْ إِلَّا يَوْمًا
Transliteration naḥnu aʿlamu bimā yaqūlūna idh yaqūlu amthaluhum ṭarīqatan in labith'tum illā yawman
Dhivehi އެމީހުން އެބުނާއެއްޗެއް (އެހާ ސިއްރުން ބުނާއިރުވެސް) ތިމަންރަސްކަލާނގެ ދެނެވޮޑިގަތުންބޮޑެވެ. އެމީހުންގެތެރޭގައި ތިބި ބުއްދީގެގޮތުން އެންމެ ފުރިހަމަމީހުންވެސް ބުނީ ތިޔަބައިމީހުން އެންމެ ދުވަހަކުމެނުވީ (ދުނިޔޭގައި / ނުވަތަ ކަށްވަޅުގައި) ލަސްވެނުތިބެއެވެ. • ދަންނައެވެ. ބުއްދިޔާއި ދެނެގަތުމުގެ ގޮތުން އެންމެ ރަނގަޅުމީހުންވެސް އެވަގުތު މިފަދަ ބަހެއް މިބުނީ އެވަގުތުގެ ބިރުވެރިކަމާއި ކަންތައްގަނޑު ބޮޑުވުމުގެ ސަބަބުންނެވެ. ދެން އަދި އާދައިގެ ދަށްމީހުންނަށް ކިހާވަރެއްވާނެހެއްޔެވެ؟
Verse 105
وَيَسْـَٔلُونَكَ عَنِ ٱلْجِبَالِ فَقُلْ يَنسِفُهَا رَبِّى نَسْفًا
Transliteration wayasalūnaka ʿani l-jibāli faqul yansifuhā rabbī nasfan
Dhivehi އަދި قيامة ދުވަހުން ފަރުބަދަތަކަށްވާނޭގޮތަކާއިމެދު އެމީހުން ކަލޭގެފާނާއި ސުވާލުކުރާނެއެވެ. ފަހެ ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުންގެ ربّ އެތަކެތި އެހުރިތަނުން ލުއްސަވައި ކުދިކުދި ކުރައްވާ ބުރުއްސަވާލައްވާހުއްޓެވެ.
Verse 106
فَيَذَرُهَا قَاعًا صَفْصَفًا
Transliteration fayadharuhā qāʿan ṣafṣafan
Dhivehi ދެން އެފަރުބަދަތައް ހުރިތަންތަން އަޑިގުޑަންކަމެއްނެތް އަދި އެއްވެސް އެއްޗެއް ނެތް އޮމާން ހުސް ބިމަކަށް އެކަލާނގެ ހައްދަވާހުއްޓެވެ.
Verse 107
لَّا تَرَىٰ فِيهَا عِوَجًا وَلَآ أَمْتًا
Transliteration lā tarā fīhā ʿiwajan walā amtan
Dhivehi އެބިމުން އެއްވެސް ގުދުކަމެއް އަދި އެއްވެސް އުސްކަމެއް ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ.
Verse 108
يَوْمَئِذٍ يَتَّبِعُونَ ٱلدَّاعِىَ لَا عِوَجَ لَهُۥ ۖ وَخَشَعَتِ ٱلْأَصْوَاتُ لِلرَّحْمَـٰنِ فَلَا تَسْمَعُ إِلَّا هَمْسًا
Transliteration yawma-idhin yattabiʿūna l-dāʿiya lā ʿiwaja lahu wakhashaʿati l-aṣwātu lilrraḥmāni falā tasmaʿu illā hamsan
Dhivehi އެދުވަހުން މީސްތަކުން تبع ވާނީ ގޮވާ ބޭކަލަކާއެވެ. (އެއީ محشر ގެ ميدان އަށް އެއްވުމަށް ގޮވާ ބޭކަލެކެވެ.) އެއްވެސް ކަތިކަމަކާއިނުލައި ހަމަ ސީދާކަމާއިއެކު އެގޮވުމާތަބަޢަވާނެއެވެ. އަދި رحمن ވަންތަ ކަލާނގެ ރަސްކަންފުޅަށްޓަކައި އެންމެހައި خَلْقُ ތަކުންގެ އަޑުތައް ބިރުވެތިވެ މަޑުވެދާނެއެވެ. ފަހެ ހަމައެކަނި ފިޔަވަޅުއަޅާއަޑުމެނުވީ ކަލޭގެފާނު ނާއްސަވާނެއެވެ.
Verse 109
يَوْمَئِذٍ لَّا تَنفَعُ ٱلشَّفَـٰعَةُ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَرَضِىَ لَهُۥ قَوْلًا
Transliteration yawma-idhin lā tanfaʿu l-shafāʿatu illā man adhina lahu l-raḥmānu waraḍiya lahu qawlan
Dhivehi شَفَاعة ތެރިވުމަށް އެމީހަކަށް رحمن ވަންތަ ﷲ إِذْنَ ދެއްވި މީހެއްގެ شَفَاعَة ން މެނުވީ އެދުވަހުން شَفَاعَة = ގެ މަންފާ ނުކުރާނެއެވެ. އަދި އެޔާއެކު އެ شَفَاعَة ތެރިވެވޭ މީހާއަކީ ބަހުގެގޮތުން އެކަލާނގެ ރުހިވޮޑިގެންވާ އަޅަކުކަމުގައި ވާންޖެހޭނެއެވެ. (އެބަހީ: ފުރިހަމަގޮތުގައި لاإله إلاّ ﷲ
Verse 110
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِهِۦ عِلْمًا
Transliteration yaʿlamu mā bayna aydīhim wamā khalfahum walā yuḥīṭūna bihi ʿil'man
Dhivehi އަދި އެމީހުންގެ ކުރީގައިވާ ކަންތަކާއި އަދި އެމީހުންގެ ފަހަތުގައިވާ ކަންތައް (އެބަހީ: އެމީހުންގެ آخرة ދުވަހުގެ ކަންތަކާއި އަދި އެމީހުންގެ ދުނިޔޭގެ ކަންތައް) އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ ذَاتُ ފުޅާމެދު - އެކަލާނގެ ސިފަފުޅުތަކާއި إسم ފުޅުތަކާއިމެދު އެމީހުންގެ އެނގުން ނުފޯރައެވެ.
Verse 111
۞ وَعَنَتِ ٱلْوُجُوهُ لِلْحَىِّ ٱلْقَيُّومِ ۖ وَقَدْ خَابَ مَنْ حَمَلَ ظُلْمًا
Transliteration waʿanati l-wujūhu lil'ḥayyi l-qayūmi waqad khāba man ḥamala ẓul'man
Dhivehi އަދި ދިރިދެމިވޮޑިގެންވާ އަދި އަޅުތަކުންގެ އެންމެހައި ކަންތަކާއިގެން قائم ވެވޮޑިގެންވާ ކަލާނގެއަށް އެންމެހައި މޫނުތަކެއް ދެރަވެ ނިކަމެތިވެގެންވެއެވެ. އަދި (قيامة ދުވަހުން) އަނިޔާއެއް އުފުލި މީހަކު ނުވަތަ شرك އެއް އުފުލި މީހަކު ހަމަކަށަވަރުން ގެއްލި ހަލާކުވެއްޖެއެވެ.
Verse 112
وَمَن يَعْمَلْ مِنَ ٱلصَّـٰلِحَـٰتِ وَهُوَ مُؤْمِنٌ فَلَا يَخَافُ ظُلْمًا وَلَا هَضْمًا
Transliteration waman yaʿmal mina l-ṣāliḥāti wahuwa mu'minun falā yakhāfu ẓul'man walā haḍman
Dhivehi އަދި އެމީހަކު އީމާންވެގެންވާ حال صالح عمل ން عمل ކޮށްފިމީހާ ދަންނައެވެ. ފަހެ އަނިޔާއެއް ލިބިދާނޭކަމަކަށް އޭނާއަކަށް ބިރެއްނެތެވެ. އަދި (އޭނާގެ ހެޔޮ عمل ގެ ثواب ން) އުނިވެދާނޭކަމުގެވިޔަސް ބިރެއްނެތެވެ.
Verse 113
وَكَذَٰلِكَ أَنزَلْنَـٰهُ قُرْءَانًا عَرَبِيًّا وَصَرَّفْنَا فِيهِ مِنَ ٱلْوَعِيدِ لَعَلَّهُمْ يَتَّقُونَ أَوْ يُحْدِثُ لَهُمْ ذِكْرًا
Transliteration wakadhālika anzalnāhu qur'ānan ʿarabiyyan waṣarrafnā fīhi mina l-waʿīdi laʿallahum yattaqūna aw yuḥ'dithu lahum dhik'ran
Dhivehi އެފަދައިންނެވެ. އެބަހީ: އީމާންކަމުގެ أهل ވެރިންނަށް صالح عمل ކުރުމަށް ހިތްވަރުދެއްވައި އަދި ކާފަރުކަމުގެ أهل ވެރިންނަށް ބިރުވެރިކަމުގެ إنذار ކުރެއްވިފަދައިން) ތިމަންރަސްކަލާނގެ عرب ބަހުންވާ قرآن އެއްގެ ގޮތުގައި قرآن ބާވައިލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن ގައި وَعِيْدُ ގެ އެބަހީ: ބިރުވެރިކަމުގެ وعد ތައް ތަފާތު ގޮތްގޮތަށް އެކި عبارة ން ބަޔާންކޮށްދިނީމެވެ. އެއީ އެމީހުން ބިރުވެތިވޭތޯއެވެ. ނުވަތަ އެކަލާނގެ އެމީހުންނަށް وعظ އާއި نصيحة އުފައްދަވައިދެއްވުމަށެވެ.
Verse 114
فَتَعَـٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۗ وَلَا تَعْجَلْ بِٱلْقُرْءَانِ مِن قَبْلِ أَن يُقْضَىٰٓ إِلَيْكَ وَحْيُهُۥ ۖ وَقُل رَّبِّ زِدْنِى عِلْمًا
Transliteration fataʿālā l-lahu l-maliku l-ḥaqu walā taʿjal bil-qur'āni min qabli an yuq'ḍā ilayka waḥyuhu waqul rabbi zid'nī ʿil'man
Dhivehi ފަހެ ﷲ تعالى (އެންމެހައި خلق ތަކުން ފިޔަވައި) މަތިވެރިވެވޮޑިގެންވެއެވެ. އެކަލާނގެއީ ހުރިހާކަމެއްގެ ވެރި مَالِك އެވެ. حقّ ވަންތަ ﷲ އެވެ. އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނަށް قرآن ގެ وحي ގެ ބަސްފުޅު ބާވައިލައްވާ ނުނިމެނިސް (ނުވަތަ އެބަސްފުޅުގެ މާނަތައް بيان ކޮށްނުދެއްވަނިސް) އެ قرآن އާއިގެން އަވަސްވެވަޑައިނުގަންނަވާށެވެ. (أصحاب ންނަށް އެބަސްފުޅެއް ވިދާޅުވެ ނުދެއްވާށެވެ.) އަދި ކަލޭގެފާނު ދަންނަވާށެވެ. އޭއަޅުގެ ربّ އެވެ. މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ.
Verse 115
وَلَقَدْ عَهِدْنَآ إِلَىٰٓ ءَادَمَ مِن قَبْلُ فَنَسِىَ وَلَمْ نَجِدْ لَهُۥ عَزْمًا
Transliteration walaqad ʿahid'nā ilā ādama min qablu fanasiya walam najid lahu ʿazman
Dhivehi އަދި ހަމަކަށަވަރުން آدم ގެފާނަށް މީގެކުރީގައި ތިމަންރަސްކަލާނގެ عهد ކުރެއްވީމެވެ. أمر ކުރެއްވީމެވެ. ދެންފަހެ އެކަލޭގެފާނު އެ عهد ހަނދުމަފުޅުނެތިއްޖެއެވެ. (އެ عهد އަކީ ސުވަރުގޭގައިވާ ވަކިގަހަކުން ފަރީނުކުޅުއްވުމުގެ أمر ފުޅެވެ.) އަދި އެކަލޭގެފާނުންގެ ކިބައިން عهد އަށް ރައްކާތެރިވުމެއް ތިމަންރަސްކަލާނގެ ދެކެވޮޑިނުގަންނަވަމެވެ.
Verse 116
وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ
Transliteration wa-idh qul'nā lil'malāikati us'judū liādama fasajadū illā ib'līsa abā
Dhivehi އަދި ތިމަންރަސްކަލާނގެ ملائكة ބޭކަލުންނަށް އެންގެވީމެވެ. ތިޔަބޭކަލުން آدم عليه السّلام އަށް سجدة ކުރައްވާށެވެ. ފަހެ إبْلِيْس މެނުވީ އެހުރިހާ ބޭކަލުން سجدة ކުރެއްވިއެވެ. އަދި އެސޮރު އެކަމުން މަނާވެގަތީއެވެ.
Verse 117
فَقُلْنَا يَـٰٓـَٔادَمُ إِنَّ هَـٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ ٱلْجَنَّةِ فَتَشْقَىٰٓ
Transliteration faqul'nā yāādamu inna hādhā ʿaduwwun laka walizawjika falā yukh'rijannakumā mina l-janati fatashqā
Dhivehi ދެންފަހެ ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. އޭ آدم އެވެ. ހަމަކަށަވަރުން މިއީ - އެބަހީ: މި إبْلِيْس އަކީ - ކަލޭގެފާނަށާއި ކަލޭގެފާނުންގެ އަނބިކަނބަލުންނަށްވާ عَدُوّ އެކެވެ. ފަހެ އެސޮރު ތިޔަދެކަނބަލުން ސުވަރުގެއިން ނެރުނަ ނުދެއްވާށެވެ. އެހެންވެއްޖެއްޔާ - (އެބަހީ: ސުވަރުގެއިން ނެރެފިއްޔާ) ކަލޭގެފާނު ވަރުބަލިފުޅުވެދާނެއެވެ. (ދުނިޔޭގެ مَعِيْشَة ހޯއްދެވުމުގައި ލަހިވެދާނެއެވެ.)
Verse 118
إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ
Transliteration inna laka allā tajūʿa fīhā walā taʿrā
Dhivehi ހަމަކަށަވަރުން އެސުވަރުގޭގައި ކަލޭގެފާނު ބަނޑުފުޅުހައިވުމެއް ނުވެއެވެ. އަދި އޮރިޔާން حال ގައި ޖެހުމެއްނުވެއެވެ.
Verse 119
وَأَنَّكَ لَا تَظْمَؤُا۟ فِيهَا وَلَا تَضْحَىٰ
Transliteration wa-annaka lā taẓma-u fīhā walā taḍḥā
Dhivehi އަދި ހަމަކަށަވަރުން އެސުވަރުގޭގައި ކަލޭގެފާނު ފެންބޮވައިގަތުމެއް ނުވެއެވެ. އަދި ހޫނުގެ އުނދަގުލެއްވުމެއް ނުވެއެވެ.
Verse 120
فَوَسْوَسَ إِلَيْهِ ٱلشَّيْطَـٰنُ قَالَ يَـٰٓـَٔادَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ ٱلْخُلْدِ وَمُلْكٍ لَّا يَبْلَىٰ
Transliteration fawaswasa ilayhi l-shayṭānu qāla yāādamu hal adulluka ʿalā shajarati l-khul'di wamul'kin lā yablā
Dhivehi ފަހެ شَيْطَان އެކަލޭގެފާނަށް ވަސްވާސްދީފިއެވެ. (އެކަލޭގެފާނަށް ނަހީކުރެއްވުނު ގަހުގެ ފަރާތަށް ލެނބުމަށް އެކަލޭގެފާނަށް ޒީނަތްތެރިކުރުވައިފިއެވެ.) އެސޮރު ބުންޏެވެ. އޭ آدم އެވެ. ދެމިހުންނަނިވި ގަހުގެ ފަރާތަށް އަހުރެން ކަލޭގެފާނަށް އިޝާރަތްކުރަންތޯއެވެ. (އެގަހުން ފަރިއްކުޅުއްވައިފިއްޔާ ދުވަހަކުވެސް އަވަހާރަ ނުވާނެއެވެ.) އަދި އެއީ ދުވަހަކުވެސް ފިލައިގެން ނުދާނޭ ބޮޑުވެރިކަމެއް ލިބޭނޭ ކަމެކެވެ.
Verse 121
فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ
Transliteration fa-akalā min'hā fabadat lahumā sawātuhumā waṭafiqā yakhṣifāni ʿalayhimā min waraqi l-janati waʿaṣā ādamu rabbahu faghawā
Dhivehi ފަހެ އޭގެ ދެކަނބަލުން އެގަހުން ފަރީކުޅުއްވައިފިއެވެ. ދެންފަހެ އެދެކަނބަލުންނަށް އެދެކަނބަލުންގެ عورة كَشْفُ ވެއްޖެއެވެ. ހާމަވެއްޖެއެވެ. އަދި ސުވަރުގޭގެ ގަސްގަހުގެ ފަތުން އެދެކަނބަލުން އެދެކަނބަލުންގެ عورة ނިވައިކުރައްވަން ފައްޓަވައިފިއެވެ. ފަހެ آدم عليه السّلام އެކަލޭގެފާނުންގެ ربّ އަށް އުރެދިވަޑައިގެން ސީދާމަގުން ނެއްޓިވަޑައިގެންފިއެވެ.
Verse 122
ثُمَّ ٱجْتَبَـٰهُ رَبُّهُۥ فَتَابَ عَلَيْهِ وَهَدَىٰ
Transliteration thumma ij'tabāhu rabbuhu fatāba ʿalayhi wahadā
Dhivehi ދެން އެކަލޭގެފާނުންގެ ربّ އެކަލޭގެފާނު خاصّ ކުރައްވައި إختيار ކުރެއްވިއެވެ. އަދި އެކަލޭގެފާނަށް توبة ލައްވައި ސީދާމަގަށް ތެދުމަގު ދެއްކެވިއެވެ.
Verse 123
قَالَ ٱهْبِطَا مِنْهَا جَمِيعًۢا ۖ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَنِ ٱتَّبَعَ هُدَاىَ فَلَا يَضِلُّ وَلَا يَشْقَىٰ
Transliteration qāla ih'biṭā min'hā jamīʿan baʿḍukum libaʿḍin ʿaduwwun fa-immā yatiyannakum minnī hudan famani ittabaʿa hudāya falā yaḍillu walā yashqā
Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. (އޭ آدم އެވެ.) ތިޔައިގެ ދެކަނބަލުން އެކީއެކަށް އެތަނުން - يعني: ސުވަރުގެއިން (ބިމަށް) ފައިބައި ވަޑައިގަންނަވާށެވެ. (ނުވަތަ ތިޔައިގެ ދެކަނބަލުންނާއި إبْلِيْس އާއި އެންމެން އެސުވަރުގެއިން ފައިބާށެވެ. މިދެގޮތަށްވެސް مفسّر ން ވިދާޅުވެއެވެ.) އެއީ ކަލޭމެންގެ އެއްބަޔަކު އަނެއްބަޔަކަށް عَدُوُّ ންކަމުގައިވާ حال ގައެވެ. ދެންފަހެ ތިމަންރަސްކަލާނގެ حضرة ން ތިޔަބައިމީހުންނަށް ތެދުމަގު އަންނަހުއްޓެވެ. (އެއީ رسول ބޭކަލުން ފޮނުއްވައި ފޮތްބާވައިލައްވައިގެންނެވެ.) ފަހެ ތިމަންރަސްކަލާނގެ ތެދުމަގާއި تبع ވެއްޖެމީހާ (ދުނިޔޭގައި) މަގުނުފުރެދޭނެއެވެ. އަދި (آخرة ގައި) ގެއްލި ހަލާކުނުވާހުއްޓެވެ.
Verse 124
وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَـٰمَةِ أَعْمَىٰ
Transliteration waman aʿraḍa ʿan dhik'rī fa-inna lahu maʿīshatan ḍankan wanaḥshuruhu yawma l-qiyāmati aʿmā
Dhivehi އަދި ތިމަންރަސްކަލާނގެ ذِكْرُ ން (އެބަހީ: ތިމަންރަސްކަލާނގެ ހަނދާންކުރުމުން - ނުވަތަ ތިމަންރަސްކަލާނގެ دين ން ނުވަތަ ތިމަންރަސްކަލާނގެ ފޮތުން -) މޫނުއަނބުރާލައި ދުރުވެގެންފިމީހާ ދަންނައެވެ. އެމީހަކަށް ކައްވަޅުގައި ދަތި ދިރިހުރުމެއް ވާހުއްޓެވެ. (ނުވަތަ ދުނިޔޭގައި އުނދަގޫ ދިރިއުޅުމެއްވާހުއްޓެވެ.) އަދި ތިމަންރަސްކަލާނގެ އޭނާ محشر ކުރައްވާހުށީ ކަނުމީހެއްގެ ގޮތުގައެވެ.
Verse 125
قَالَ رَبِّ لِمَ حَشَرْتَنِىٓ أَعْمَىٰ وَقَدْ كُنتُ بَصِيرًا
Transliteration qāla rabbi lima ḥashartanī aʿmā waqad kuntu baṣīran
Dhivehi އެމީހާ ދަންނަވާނެއެވެ. އޭއަޅުގެ ربّ އެވެ. މިއަޅާ ކަނުމީހެއްގެގޮތުގައި محشر ކުރެއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން ދުނިޔޭގައި އުޅުނުއިރު މިއަޅާވީ ލޮލަށް އެނގޭމީހަކުކަމުގައެވެ.
Verse 126
قَالَ كَذَٰلِكَ أَتَتْكَ ءَايَـٰتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ ٱلْيَوْمَ تُنسَىٰ
Transliteration qāla kadhālika atatka āyātunā fanasītahā wakadhālika l-yawma tunsā
Dhivehi އެކަލާނގެ (އެމީހާއަށް) وحي ކުރައްވާހުއްޓެވެ. ކަލޭ (ދުނިޔޭގައި އުޅުނުއިރު) ކަލޭގެގާތަށް ތިމަންރަސްކަލާނގެ އާޔަތްތައް (حجّة ތަކާއި دليل ތައް) އައެވެ. ފަހެ ކަލޭ އެތަކެތި ހަނދުމަނެތިކޮށްލީއެވެ. ކަލޭ އެތަކެތި ހަނދުމަނެތިކޮށްލިފަދައިން މިއަދުވަނީ ހަމައެފަދައިން ކަލޭގެމަތިން ހަނދާންނެތެވިފައެވެ.
Verse 127
وَكَذَٰلِكَ نَجْزِى مَنْ أَسْرَفَ وَلَمْ يُؤْمِنۢ بِـَٔايَـٰتِ رَبِّهِۦ ۚ وَلَعَذَابُ ٱلْـَٔاخِرَةِ أَشَدُّ وَأَبْقَىٰٓ
Transliteration wakadhālika najzī man asrafa walam yu'min biāyāti rabbihi walaʿadhābu l-ākhirati ashaddu wa-abqā
Dhivehi އަދި (ފާފަކުރުމާއި ތިމާގެ شَهَوَاتُ ގައި) إِسْرَاف ކޮށް ހައްދުފަހަނަޅައިގަނެ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް إيمان ނުވި ކޮންމެމީހަކަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. (އެއީ ކަށްވަޅުގެ عذاب އެވެ.) އަދި آخرة ގެ عذاب ގަދަކަން ބޮޑުވެފައި ދެމިހުރުން މާބޮޑެވެ.
Verse 128
أَفَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَـٰكِنِهِمْ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّأُو۟لِى ٱلنُّهَىٰ
Transliteration afalam yahdi lahum kam ahlaknā qablahum mina l-qurūni yamshūna fī masākinihim inna fī dhālika laāyātin li-ulī l-nuhā
Dhivehi އެމީހުންގެ ކުރިން - އެބަހީ: مكّة ގެ މީހުންނަށްވުރެކުރިން - ތިމަންރަސްކަލާނގެ އެތައްބަޔަކު (ނުކިޔަމަންތެރިވުމުގެ ސަބަބުން) ހަލާކުކުރެއްވިކަން - އެތައް أمّة އެއް ބަރުބާދުކުރެއްވިކަން އެމީހުންނަށް ފަހެ بيان ވެ ނޭނގޭބާވައެވެ. (އެނގެންވާނެއެވެ.) މި مكّة ގެމީހުން އެ أمّة ތަކުގެމީހުން އުޅުނުތަންތާ އެމީހުންގެ ގޯތިގެދޮރު ހުރި ތަންތަނުގައި ހިނގާބިނގާވެއެވެ. ހަމަކަށަވަރުން އެކަންކަމުގައި ހެޔޮވިސްނާ ހަރުދަނާ ސިކުނޑީގެ ވެރިބަޔަކަށް ކަނޑައެޅި بيان ވެގެންވާ دليل އާއި حجّة ވެއެވެ.
Verse 129
وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَكَانَ لِزَامًا وَأَجَلٌ مُّسَمًّى
Transliteration walawlā kalimatun sabaqat min rabbika lakāna lizāman wa-ajalun musamman
Dhivehi އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ ގެ ބަސްފުޅެއް އިސްވެގޮސްފައި ނުވާނަމަ (އެބަހީ: މި أمّة އަށް عذاب ދެއްވުން ފަސްކުރެއްވުމުގެ ބަސްފުޅުނުވާނަމަ) އެ عذاب އެއީ لاَزِم އެއްޗަކަށް ވެއްޖައީހެވެ. (މި أمّة އަށްވެސް عذاب އައީހެވެ.) އެހެންނަމަވެސް އެކަންވަނީ ވަކިކަނޑައެޅިގެންވާ ވަގުތަކަށް އެބަހީ: قيامة ދުވަހަށް ފަސްކުރެވިފައެވެ.
Verse 130
فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ غُرُوبِهَا ۖ وَمِنْ ءَانَآئِ ٱلَّيْلِ فَسَبِّحْ وَأَطْرَافَ ٱلنَّهَارِ لَعَلَّكَ تَرْضَىٰ
Transliteration fa-iṣ'bir ʿalā mā yaqūlūna wasabbiḥ biḥamdi rabbika qabla ṭulūʿi l-shamsi waqabla ghurūbihā wamin ānāi al-layli fasabbiḥ wa-aṭrāfa l-nahāri laʿallaka tarḍā
Dhivehi (އޭ رسول ﷲ އެވެ.) އެ مشرك ންގެމީހުން ކަލޭގެފާނާމެދު އެބުނެއުޅޭ ވާހަކަތަކާއިމެދު ކެއްތެރިވެވަޑައިގަންނަވާށެވެ. (އެމީހުން އެކަލޭގެފާނާމެދު ބުނީ - އެއީ ދޮގުވެރިއެކެވެ. - سحر ވެރިއެކެވެ. - ކަހީނެކެވެ. - މޮޔައެކެވެ. ދެންވެސް...... އެތައްދޮގެކެވެ.) އަދި ކަލޭގެފާނުންގެ ربّ އަށް حمد ކުރުމާއިއެކު تسبيح ވިދާޅުވާށެވެ. އެއީ އިރުއެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެކުރީގައްޔާއި އަދި ރޭގަނޑުގެ ވަގުތުގައްޔާއި އަދި ދުވާލުގެ ދެކޮޅުގައެވެ. އެއީ ކަލޭގެފާނު ރުހިވަޑައިގަންނަވާފަދަ ކަންތައް ﷲ ގެ حضرة ން ލިބުމުގެ އުއްމީދުގައެވެ. • ދަންނައެވެ. މިއާޔަތުގައި މި އިޝާރަތްވަނީ فرض ފަސްނަމާދުގެ ވަގުތުތަކަށް ކަމުގައި مفسّر ން بيان ކުރައްވައެވެ. والله أعلم.
Verse 131
وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ زَهْرَةَ ٱلْحَيَوٰةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ
Transliteration walā tamuddanna ʿaynayka ilā mā mattaʿnā bihi azwājan min'hum zahrata l-ḥayati l-dun'yā linaftinahum fīhi wariz'qu rabbika khayrun wa-abqā
Dhivehi އަދި މުއްސަނދި ފޯރާމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ ތަކެއްޗަށް ކަލޭގެފާނުންގެ ލޯފުޅު ނުދަންމަވާށެވެ. އެއަށް ބޭނުންފުޅުނުވާށެވެ. އެއީ ދުނިޔޭގެ ޒީނަތާއި އެތާނގެ މަޖަލެވެ. އެއީ ތިމަންރަސްކަލާނގެ އެމީހުން إمتحان ކުރުމަށްދެއްވާފައިވާ ތަކެއްޗެވެ. އަދި ކަލޭގެފާނުންގެ ربّ ގެ ރިޒުގު (ދުނިޔެއާއި آخرة ގައި ކަލޭގެފާނަށް ހުރި ދަރުމަޔާއި ثواب) މާހެޔޮވެފައި ދެމިހުރުންބޮޑެވެ.
Verse 132
وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ لَا نَسْـَٔلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَٱلْعَـٰقِبَةُ لِلتَّقْوَىٰ
Transliteration wamur ahlaka bil-ṣalati wa-iṣ'ṭabir ʿalayhā lā nasaluka riz'qan naḥnu narzuquka wal-ʿāqibatu lilttaqwā
Dhivehi އަދި ކަލޭގެފާނުންގެ أهل ވެރިންނަށް - އެބަހީ: އަނބިދަރިންނަށް - ނަމާދު قائم ކުރުމަށް އަމުރުކުރާށެވެ. އަދި ކަލޭގެފާނު އެކަމުގެމައްޗަށް އެބަހީ: ނަމާދު قائم ކުރުމަށް - ކެއްތެރިވެވަޑައިގަންނަވާށެވެ. ރިޒުގާއިބެހޭގޮތުން ތިމަންރަސްކަލާނގެ ކަލޭގެފާނާއި ސުވާލު ނުކުރާހުށީމެވެ. (އެބަހީ: ތިމަންރަސްކަލާނގެ ރިޒުގުދެއްވާހުށީމެވެ.) އަދި ފަހުކޮޅުވަނީ - އެބަހީ: آخرة ދުވަހުގެ ހެޔޮކަންވަނީ تقوى ގެ أهل ވެރިންނަށެވެ.
Verse 133
وَقَالُوا۟ لَوْلَا يَأْتِينَا بِـَٔايَةٍ مِّن رَّبِّهِۦٓ ۚ أَوَلَمْ تَأْتِهِم بَيِّنَةُ مَا فِى ٱلصُّحُفِ ٱلْأُولَىٰ
Transliteration waqālū lawlā yatīnā biāyatin min rabbihi awalam tatihim bayyinatu mā fī l-ṣuḥufi l-ūlā
Dhivehi އަދި އެ مشرك ން ބުނެއެވެ. އެކަލޭގެފާނު އެބަހީ: محمّد ގެފާނު އެކަލޭގެފާނުންގެ ربّ ގެ حضرة ން (އިހުޒަމާނުންގެ نبي ން ގެންނެވިކަހަލަ) معجزة އެއް އަހުރެމެންނަށް ގެންނަވާނެނަމައެވެ. ނުވަތަ އެކަހަލަ معجزة އެއް ނުގެންނެވީ ކީއްވެގެންބާވައެވެ؟ (އޭގެ ޖަވާބުގައި ﷲ އަންގަވައެވެ.) އެމީހުންގެގާތަށް ފަހެ އިސްވެދިޔަ أمّة ތަކަށް ބާވައިލެއްވި صُحْفُ ތަކުގައިވާތަކެތި (އެخبر ތައް) ފަހެ ނާދޭބާވައެވެ؟ (އިސްވެދިޔަ أمّة ތަކުގައިވެސް معجزة އަށް އެދި އެއަށް ކާފަރުވުމުން އެމީހުންގެ މައްޗަށް ހަލާކާއި عذاب އައިސް އެމީހުން ބަރުބާދުވެގެންދިޔަކަން އެފަތްފުށްތަކުގައިވާނެއެވެ.) އެމީހުންނަށް އެ خبر ތައް އައިސްފައިވާނެއެވެ.
Verse 134
وَلَوْ أَنَّآ أَهْلَكْنَـٰهُم بِعَذَابٍ مِّن قَبْلِهِۦ لَقَالُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ ءَايَـٰتِكَ مِن قَبْلِ أَن نَّذِلَّ وَنَخْزَىٰ
Transliteration walaw annā ahlaknāhum biʿadhābin min qablihi laqālū rabbanā lawlā arsalta ilaynā rasūlan fanattabiʿa āyātika min qabli an nadhilla wanakhzā
Dhivehi އަދި އެކަލޭގެފާނު يعني: محمّد ގެފާނު رسول ކަމާއިގެން ފޮނުއްވުމުގެކުރިން عذاب އެއް ފޮނުއްވައިގެން އެމީހުން ހަލާކުކުރެއްވިނަމަ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އޭ އަޅަމެންގެ ربّ އެވެ. އަޅަމެންގެ ގާތަށް رسول އަކު ނުފޮނުއްވީ ކީއްވެތޯއެވެ؟ ނުވަތަ رسول ބޭކަލަކު ފޮނުއްވެވިނަމައެވެ. އަޅަމެން ދުނިޔޭގައި މި عذاب ން ހަލާކުވެ އަދި آخرة ގައި ނަރަކައަށް ވަދެ ދެރަވުމުގެ ކުރިން އަޅަމެން އެ رسول އާއަށް އީމާންވެ އިބަރަސްކަލާނގެ އާޔަތްތަކަށް تبع ވެވުނީހީ އެހެންނަމަތާއެވެ. تبع ވީމުހެވެ.
Verse 135
قُلْ كُلٌّ مُّتَرَبِّصٌ فَتَرَبَّصُوا۟ ۖ فَسَتَعْلَمُونَ مَنْ أَصْحَـٰبُ ٱلصِّرَٰطِ ٱلسَّوِىِّ وَمَنِ ٱهْتَدَىٰ
Transliteration qul kullun mutarabbiṣun fatarabbaṣū fasataʿlamūna man aṣḥābu l-ṣirāṭi l-sawiyi wamani ih'tadā
Dhivehi (އޭ رسول ﷲ އެވެ.) ކަލޭގެފާނު - އެ مشرك ންނަށް - ވިދާޅުވާށެވެ. އަހުރެމެންނާ ކަލޭމެންނާ ދެބައިމީހުންކުރެ ކޮންމެ ބަޔަކީވެސް إنتظار ކުރާ ބައެކެވެ. ފަހެ ކަލޭމެން إنتظار ކުރާށެވެ. ސީދާ حقّ ގައިވާ ބަޔަކާއި އަދި މަގުނުފުރެދި ތެދުމަގުގައިވާ ބަޔަކު ނިކަންހުރެ ކަލޭމެނަށް އެނގިދާނެއެވެ.
Read Surah Taha in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.