MyDugsiStart learning

Surah Quraysh in Dhivehi: translation and audio

Surah 106 · قريش · Quraysh · 4 verses

Surah Quraysh verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Quraysh word by word in English.

Verse 1

لِإِيلَـٰفِ قُرَيْشٍ

Transliteration liīlāfi qurayshin

Dhivehi قريش ންނާއި މެދު ﷲ ބެހެއްޓެވި އޯގާވަންތަވެރިކަމުގެ ސަބަބުން އެބަހީ އެ ބޮޑު ނިޢްމަތުގެ ސަބަބުން އެކަމުގެ ޝުކުރެއްގެ ގޮތުން އެމީހުން ﷲ އަށް އަޅުކަން ކުރާ ހުށިކަމެވެ. މިއާޔަތްމިވަނީ ތިންވަނަ އާޔަތާއި ގުޅިފައެވެ. ދެވަނަ އާޔަތުގައި އެވަނީ އެމީހުންނަށް ބެހެއްޓެވި އޯގާވަންތަކަމަށް އިޝާރާތް ކުރަށްވާފައެވެ. އެއީ

Verse 2

إِۦلَـٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ

Transliteration īlāfihim riḥ'lata l-shitāi wal-ṣayfi

Dhivehi އެމީހުން ކުރާ ފިނި މޫސުމުގެ ވިޔަފާރި ދަތުރާއި ހޫނު މޫސުމުގެ ވިޔަފާރި ދަތުރެވެ. ފިނި މޫސުމުގައި ޔަމަނު ކަރައަށެވެ. ހޫނު މޫސުމުގައި ޝާމު ކަރައަށެވެ. މި ދެ ދަތުރުގައިވެސް އަމާންކަމާއެކު ދަތުރު ކުރެވޭނެ ގޮތް ލެއްވެވިއެވެ. ދަތުރު ކޮށްފައި އަންނައިރުވެސް އެމީހުންނަށް އެއްވެސް ބަޔަކު ގޯނާ ނުކުރެއެވެ. އެއީ މައްކާގައިވާ ﷲ ގެ ޙަރަމްގެ އަހްލުވެރިން ކަމުގައިވާތީއެވެ. އެންމެން އެމީހުންނަށް އިޙްތިރާމް ކުރެއެވެ.

Verse 3

فَلْيَعْبُدُوا۟ رَبَّ هَـٰذَا ٱلْبَيْتِ

Transliteration falyaʿbudū rabba hādhā l-bayti

Dhivehi ފަހެ (މިބޮޑު ނިޢްމަތައްޓަކައި ވެސް) އެމީހުން މި ގެފުޅުގެ ވެރި رب އަށް އަޅުކަން ކުރާ ހުށިކަމެވެ.

Verse 4

ٱلَّذِىٓ أَطْعَمَهُم مِّن جُوعٍ وَءَامَنَهُم مِّنْ خَوْفٍۭ

Transliteration alladhī aṭʿamahum min jūʿin waāmanahum min khawfin

Dhivehi އެކަލާނގެއީ ބަނޑުހައި ހޫނުކަމުން އެމީހުން ދުރު ކުރަށްވައި ކާންދެއްވި ކަލާނގެއެވެ. އަދި ބިރުވެރި ކަމުން އެމީހުންނަށް އަމާންކަން ދެއްވި ކަލާނގެއެވެ. ދަންނައެވެ. قريش ންނަށް ދެމޫސުމުގައި ދަތުރު ކުރެވޭ ގޮތް ހަމަޖެހިފައި އޮތުމުގެ ސަބަބުން ބަނޑުހައި ހޫނުކަމުން އެމީހުން ސަލާމަތް ވިއެވެ. އަދި ﷲގެ ޙަރަމްފުޅު ހުރުމުގެ ސަބަބުން އެމީހުންނަށް އަމާންކަން ލިބިގެން ދިޔައެވެ. މިއީ އެއްވެސް އެހެން ބަޔަކަށް ލިބިފައިވާ ނިޢްމަތެއް ނޫނެވެ. އަދި މިނޫންވެސް އެހެން އެތައް ނިޢްމަތެއްގެ ސަބަބުން އެމީހުން ޚާއްޞަ ވެއެވެ. والله أعلم.

Read Surah Quraysh in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.