Surah Hud in Dhivehi: translation and audio
Surah 11 · هود · Hud · 123 verses
Surah Hud verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Hud word by word in English.
Verse 1
الٓر ۚ كِتَـٰبٌ أُحْكِمَتْ ءَايَـٰتُهُۥ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ
Transliteration alif-lam-ra kitābun uḥ'kimat āyātuhu thumma fuṣṣilat min ladun ḥakīmin khabīrin
Dhivehi الر މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ تعالى އެވެ. މިފޮތަކީ މިއީ (އެބަހީ: މި ކީރިތި قرآن މިއީ) މިފޮތުގެ حكم ތައް أمر އާއި نهى ގެގޮތުން ކަނޑައެޅިގެންވާ ފޮތެކެވެ. ދެން ثواب އާއި عذاب ދެއްވުމުގެގޮތުން تفصيل ކުރެވިގެންވެއެވެ. މިފޮތް ބާވައިލެއްވިގެންވަނީ حكمة ވަންތަ އަދި خبر ތައް ދެނެވޮޑިގެންވާ ކަލާނގެ حضرة ންނެވެ.
Verse 2
أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۚ إِنَّنِى لَكُم مِّنْهُ نَذِيرٌ وَبَشِيرٌ
Transliteration allā taʿbudū illā l-laha innanī lakum min'hu nadhīrun wabashīrun
Dhivehi (އަދި رسول ﷲ ﷺ حديث ކުރެއްވިއެވެ.) (އެފޮތުގެ حكم ތައް تفصيل ވެގެންވަނީ) ކަލޭމެން ﷲ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށް އެންގެވުމަށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ އެކަލާނގެ حضرة ން ކަލޭމެންގެ ގާތަށް ފޮނުއްވިގެންވާ نَذِيْر އެއްކަމާއި އަދި بَشِيْر އެއްކަންވެސް އެންގެވުމަށެވެ. (އެބަހީ: ނުކިޔަމަންތެރިންނަށް عذاب ހުރިކަމުގެ ބިރުވެރި خبر ދެއްވާ އަދި ކިޔަމަންތެރިންނަށް ދަރުމަޔާއި ثواب ހުރިކަމުގެ އުފާވެރި خبر ދެއްވާ ބޭކަލަކުކަންވެސް އެންގެވުމަށާއިވެސް އެކުގައެވެ.)
Verse 3
وَأَنِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُمَتِّعْكُم مَّتَـٰعًا حَسَنًا إِلَىٰٓ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِى فَضْلٍ فَضْلَهُۥ ۖ وَإِن تَوَلَّوْا۟ فَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ
Transliteration wa-ani is'taghfirū rabbakum thumma tūbū ilayhi yumattiʿ'kum matāʿan ḥasanan ilā ajalin musamman wayu'ti kulla dhī faḍlin faḍlahu wa-in tawallaw fa-innī akhāfu ʿalaykum ʿadhāba yawmin kabīrin
Dhivehi އަދި ކަލޭމެން ކަލޭމެންގެ رَبّ ގެ حضرة ގައި ފާފަފުއްސެވުމަށް އެދި دعاء ކުރުމަށް އެންގެވުށާއި ދެން އެކަލާނގެ حضرة އަށް رجوع ވެ توبة ވުމަށްވެސް އެންގެވުމަށެވެ. އޭރުން އެކަލާނގެ ކަލޭމެނަށް ކަނޑައެޅިގެންވާ مدّت އަކަށް ކަލޭމެންނަށް އަރާމުކޮޅެއް ދެއްވާނެއެވެ. (އެއީ މަރުވަންދެން ދުނިޔޭގެ ތަކެތީގައި ބޭނުންކޮށް އުޅުމުގެ فرصة ދެއްވުމެވެ.) އަދި ކޮންމެ ހެޔޮކަމެއްގެ ވެރިއަކަށް އޭނާ އެކުރި ހެޔޮކަމަށް އެކަލާނގެ ދަރުމަޔާއި ثواب ދެއްވާނެތެވެ. (އެއީ قيامة ދުވަހުންނެވެ.) އަދި އެމީހުން ކިޔަމަންނުވެ ފުރަގަސްދީފިއްޔާ ކަލޭގެފާނު ވިދާޅުވާށެވެ. (އޭ މީސްތަކުންނޭވެ!) ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަލޭމެންގެ މައްޗަށް އަތުވެދާނޭ ކަމަށް ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ.
Verse 4
إِلَى ٱللَّهِ مَرْجِعُكُمْ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Transliteration ilā l-lahi marjiʿukum wahuwa ʿalā kulli shayin qadīrun
Dhivehi ކަލޭމެން އެނބުރިދިއުން، އަދި އެނބުރި ދާތަންވަނީ ހަމަ ﷲ ގެ حضرة ގައެވެ. އަދި ކޮންމެކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
Verse 5
أَلَآ إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُوا۟ مِنْهُ ۚ أَلَا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ
Transliteration alā innahum yathnūna ṣudūrahum liyastakhfū min'hu alā ḥīna yastaghshūna thiyābahum yaʿlamu mā yusirrūna wamā yuʿ'linūna innahu ʿalīmun bidhāti l-ṣudūri
Dhivehi ދަންނާށެވެ! ހަމަކަށަވަރުން އެމީހުން (يعني: مُنافق ންކުރެ ބައެއްމީހުން) އެކަލާނގެއަށް ނިވައިވާންވެގެން، ވަންހަނާވާންވެގެން އެމީހުންގެ މެއިތައް ގުދުކުރެއެވެ. (އެބަހީ: رسول ﷲ ﷺ އެމީހުން ކައިރިން ވަޑައިގަންނަވަންޏާ އެމީހުން މޫނު ނިވައިކޮށް ގުދުވެ ބޮނދައިގެން ތިބެއެވެ. އެމީހުން އެހެން އެހަދަނީ އެކަލޭގެފާނަށް ނުވަތަ ﷲ އަށް ނިވައިވާންކަމަށެވެ.) ދަންނާށެވެ! އެމީހުން އެމީހުންގެ ފޭރާމުން ނިވައިކުރަމުންދާއިރު އެމީހުން ސިއްރުކުރާކަންތަކާއި އަދި އެމީހުން ފައުޅުކުރާކަންތައްވެސް ﷲ ދެނެވޮޑިގެންވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކުގައިވާހާ ތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. (މިހެންވީއިރު ދެން އެކަލާނގެއަށް ނުފެންނާން ބޮނދައި އަދި ފިލަންވީ ކީއްވެހެއްޔެވެ؟)
Verse 6
۞ وَمَا مِن دَآبَّةٍ فِى ٱلْأَرْضِ إِلَّا عَلَى ٱللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِى كِتَـٰبٍ مُّبِينٍ
Transliteration wamā min dābbatin fī l-arḍi illā ʿalā l-lahi riz'quhā wayaʿlamu mus'taqarrahā wamus'tawdaʿahā kullun fī kitābin mubīnin
Dhivehi އަދި ބިންމަތީ حركاة ކުރާ އެއްވެސް ދިރޭއެއްޗެއް އެއެއްޗެއްގެ ރިޒުޤު ﷲ حوال ވެގެންވާ މެނުވީ ނުވެއެވެ. (އެބަހީ: ކޮންމެއެއްޗަކަށް ރިޒުޤު ދެއްވުންވަނީ ﷲ އަށް ކަނޑައެޅިފައެވެ. އެއީ އެކަލާނގެ ހިންގަވާނޭ ކަމެކެވެ. އަދި އެ ކޮންމެދިރޭއެއްޗެއް އުޅޭނެތަނަކާއި އެއެއްޗެއް މަރުވުމަށްފަހު ވާނެތަނަކާއި މިކަންކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެއެއްޗަކާއިބެހޭ ހުރިހާކަމެއް، ހުރިހާ معلومات އެއް (އެއެއްޗެއް ހެއްދެވުމުގެ ކުރިން) ފޮތެއްގައި ލިޔެވި ބަޔާންވެގެންވެއެވެ. (ކަނޑުގެ ދިރޭ ތަކެތިވެސް ވަނީ މީގެ ތެރެއިންނެވެ.)
Verse 7
وَهُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ وَكَانَ عَرْشُهُۥ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۗ وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِنۢ بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ
Transliteration wahuwa alladhī khalaqa l-samāwāti wal-arḍa fī sittati ayyāmin wakāna ʿarshuhu ʿalā l-māi liyabluwakum ayyukum aḥsanu ʿamalan wala-in qul'ta innakum mabʿūthūna min baʿdi l-mawti layaqūlanna alladhīna kafarū in hādhā illā siḥ'run mubīnun
Dhivehi އަދި އެކަލާނގެ އެއީ ހަދުވަހެއްގެތެރޭގައި އުޑުތަކާއި ބިންހެއްދެވި ކަލާނގެއެވެ. އަދި (އެތަކެތި ހެއްދެވުމުގެކުރިން) އެކަލާނގެ عرش ފުޅުވަނީ ފެނުގެމަތީގައެވެ. (އެކަލާނގެ އުޑުތަކާއި ބިމާއި އެދެމެދުގައިވާހާ ތަކެތި ހެއްދެވީ) ކަލޭމެންކުރެ عمل ކުރުމުގެގޮތުން އެންމެރަނގަޅުމީހާ އެކަލާނގެ ދެނެވޮޑިގެންވާކަން ކަލޭމެން إمتحان ކުރައްވައި ދެއްކެވުމަށެވެ. އަދި (އޭرسول ﷲ އެވެ.) މަރުވުމަށްފަހު ކަލޭމެންނަކީ އަލުން ދިރިގެން ފޮނުއްވޭނޭ ބަޔެކޭ އެމީހުންނާ ދިމާއަށް ކަލޭގެފާނު ވިދާޅުވެއްޖެއްޔާ ކާފަރުވީމީހުން ހަމަކަށަވަރުން ބުނާނެއެވެ. އެކަލޭގެފާނު އެދައްކަވާ ވާހަކަ ހަމަ سِحْر އެއްކަމުގައި މެނުވީ ނުވެއެވެ.
Verse 8
وَلَئِنْ أَخَّرْنَا عَنْهُمُ ٱلْعَذَابَ إِلَىٰٓ أُمَّةٍ مَّعْدُودَةٍ لَّيَقُولُنَّ مَا يَحْبِسُهُۥٓ ۗ أَلَا يَوْمَ يَأْتِيهِمْ لَيْسَ مَصْرُوفًا عَنْهُمْ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
Transliteration wala-in akharnā ʿanhumu l-ʿadhāba ilā ummatin maʿdūdatin layaqūlunna mā yaḥbisuhu alā yawma yatīhim laysa maṣrūfan ʿanhum waḥāqa bihim mā kānū bihi yastahziūna
Dhivehi އަދި ކަނޑައެޅި بيان ވެގެންވާ ވަކި مدّت އަކަށް ތިމަންރަސްކަލާނގެ އެމީހުންގެކިބައިން عذاب ލަސްކުރައްވައިފިއްޔާވެސް ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެ عذاب ލަސްވީ ކީއްވެހެއްޔެވެ. عذاب ލަސްކުރީ ކޮންކަމެއްހެއްޔެވެ؟ ދަންނާށެވެ! އެ عذاب އެމީހުންނަށް އަންނަދުވަހުން އެ عذاب އެމީހުނަށް އަޔަނުދީ އަނބުރައިލާނެ އެކަކުވެސް އެއިން دفاع ކޮށްދޭނެ އެކަކުވެސް ނުހުންނާނެއެވެ. އަދި އެމީހުން އެއެއްޗަކާމެދު މަލާމާތްކޮށް ހެދިއެތި (އެ عذاب) އެމީހުން ލާވަށައިލާނެއެވެ.
Verse 9
وَلَئِنْ أَذَقْنَا ٱلْإِنسَـٰنَ مِنَّا رَحْمَةً ثُمَّ نَزَعْنَـٰهَا مِنْهُ إِنَّهُۥ لَيَـُٔوسٌ كَفُورٌ
Transliteration wala-in adhaqnā l-insāna minnā raḥmatan thumma nazaʿnāhā min'hu innahu layaūsun kafūrun
Dhivehi އަދި ތިމަންރަސްކަލާނގެ حضرة ން އިންސާނާއަށް رحمة އެއްގެރަހަ ދައްކައިފިއްޔާ. (ރިޒުޤުގެ ތަނަވަސްކަމާއި ދުނިޔޭގެ ފަސޭހަކަން ދެއްވައިފިއްޔާ) އޭނާ ވަރަށް ހިތްހަމަޖެހި މަޖާވާނެއެވެ. ދެން ތިމަންރަސްކަލާނގެ އޭނާގެ ކިބައިން އެކަން ނިގުޅައިގެންފިއްޔާ އޭނާ އަތުން އެ رحمة ނަންގަވައިފިއްޔާ ހަމަކަށަވަރުން އޭނާ މުޅިން مايوس ވެދެއެވެ. އަދި ކާފަރުވުން ބޮޑުމީހަކުކަމުގައިވެއެވެ. ﷲ ގެ نعمة އަށް نَاشكرى ވެދެއެވެ.
Verse 10
وَلَئِنْ أَذَقْنَـٰهُ نَعْمَآءَ بَعْدَ ضَرَّآءَ مَسَّتْهُ لَيَقُولَنَّ ذَهَبَ ٱلسَّيِّـَٔاتُ عَنِّىٓ ۚ إِنَّهُۥ لَفَرِحٌ فَخُورٌ
Transliteration wala-in adhaqnāhu naʿmāa baʿda ḍarrāa massathu layaqūlanna dhahaba l-sayiātu ʿannī innahu lafariḥun fakhūrun
Dhivehi އަދި އޭނާޔަށް ދިމާވި އުދަނގުލާއި ދައްޗަށްފަހު ތިމަންރަސްކަލާނގެ އޭނާއަށް نعمة ގެރަހަ (ދުނިޔޭގެ ދިރިއުޅުމުގެ ފަސޭހަކަން) ދައްކަވައިފިއްޔާ ހަމަކަށަވަރުން އޭނާ ބުނާނެއެވެ. އަހުރެންގެ ކިބައިން ނުބައިތައް ފިލައިގެންދިޔައީއެވެ. ހަމަކަށަވަރުން އޭނާވާނީ އުފާވެ فخر ވެރިވެގެންނެވެ. (އޭނާ ބޮޑާވެ މަތިހަށިނަގާނެއެވެ. ﷲ އަށް شكر ކުރާކަށް ހަނދާނެއް ނުވާނެއެވެ.
Verse 11
إِلَّا ٱلَّذِينَ صَبَرُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ
Transliteration illā alladhīna ṣabarū waʿamilū l-ṣāliḥāti ulāika lahum maghfiratun wa-ajrun kabīrun
Dhivehi ކެތްތެރިވެގެން صالح عمل ކުރިމީހުންމެނުވީއެވެ. އެމީހުންނަށް ހުރީ ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމައެވެ.
Verse 12
فَلَعَلَّكَ تَارِكٌۢ بَعْضَ مَا يُوحَىٰٓ إِلَيْكَ وَضَآئِقٌۢ بِهِۦ صَدْرُكَ أَن يَقُولُوا۟ لَوْلَآ أُنزِلَ عَلَيْهِ كَنزٌ أَوْ جَآءَ مَعَهُۥ مَلَكٌ ۚ إِنَّمَآ أَنتَ نَذِيرٌ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ وَكِيلٌ
Transliteration falaʿallaka tārikun baʿḍa mā yūḥā ilayka waḍāiqun bihi ṣadruka an yaqūlū lawlā unzila ʿalayhi kanzun aw jāa maʿahu malakun innamā anta nadhīrun wal-lahu ʿalā kulli shayin wakīlun
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ބާވައިލެއްވޭ وحي ގެ ބައެއް ކަލޭގެފާނު ދޫކުރައްވާކަހަލައެވެ. އަދި އެ وحي އާއިމެދު ކަލޭގެފާނުގެ ހިތްޕުޅު ދަތިވެގެންވާކަހަލައެވެ. އެއީ އެމީހުން މިހެން ބުނާތީއެވެ. އެމީހުން ބުނެއެވެ. އެކަލޭގެފާނަށް خزانة އެއް ބާވައިނުލެއްވުނީ ކީއްވެގެންހެއްޔެވެ؟ ނުވަތަ އެކަލޭގެފާނާއިއެކު ملائكة ން ނުވަނީ ކީއްވެގެންހެއްޔެވެ؟ (އޭގެ جواب ގައި ﷲ އެކަލޭގެފާނަށް وحي ކުރެއްވިއެވެ.) ހަމަކަށަވަރުން ކަލޭގެފާނީ نذير އެކެވެ. ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލެކެވެ. އަދި ﷲ ކޮންމެކަމެއް قائم ކުރައްވާ تدبير ކުރައްވައެވެ.
Verse 13
أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِعَشْرِ سُوَرٍ مِّثْلِهِۦ مُفْتَرَيَـٰتٍ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ
Transliteration am yaqūlūna if'tarāhu qul fatū biʿashri suwarin mith'lihi muf'tarayātin wa-id'ʿū mani is'taṭaʿtum min dūni l-lahi in kuntum ṣādiqīna
Dhivehi އަދި ކިއެއްހެއްޔެވެ! އެމީހުން ބުނަނީއެވެ. އެކަލޭގެފާނު އަމިއްލަފުޅަށް قرآن އުފެއްދީއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވެއްޖެއްޔާ ހެދެވިގެންވާ ދިހަސޫރަތް ކަލޭމެން ނިކަން ގެނަސްބަލާށެވެ! އަދި ﷲ ފިޔަވައި (އެކަމުގައި އެހީވާން) ކަލޭމެނަށް ކުޅަދާނަވީހާބަޔަކަށް ގޮވާށެވެ! ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން މިހެން ހަދައިބަލާށެވެ! ނުހެދޭނެއެވެ!
Verse 14
فَإِلَّمْ يَسْتَجِيبُوا۟ لَكُمْ فَٱعْلَمُوٓا۟ أَنَّمَآ أُنزِلَ بِعِلْمِ ٱللَّهِ وَأَن لَّآ إِلَـٰهَ إِلَّا هُوَ ۖ فَهَلْ أَنتُم مُّسْلِمُونَ
Transliteration fa-illam yastajībū lakum fa-iʿ'lamū annamā unzila biʿil'mi l-lahi wa-an lā ilāha illā huwa fahal antum mus'limūna
Dhivehi ފަހެ އެމީހުން ކަލޭމެނަށް އިޖާބަނުދީފިއްޔާ ދެންދެނެވަޑައިގަ ންނަވާށެވެ! ހަމަކަށަވަރުން އެބާވައިލެއްވިފައި އެވަނީ (އެބަހީ: قرآن ބާވައިލެއްވިފައިއެވަނީ) ﷲ ގެ ދެނެވޮޑިގަތުމުން އެކަލާނގެ إذن ފުޅަށެވެ. (އަދި ކަލޭމެން ދަންނާށެވެ!) ހަމަކަށަވަރުން ﷲ މެނުވީ حقُّ إله އަކު ނުވެއެވެ. ކަލޭމެން ފަހެ ކިޔަމަންވެ ބޯލަނބާނަންހެއްޔެވެ؟
Verse 15
مَن كَانَ يُرِيدُ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَـٰلَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ
Transliteration man kāna yurīdu l-ḥayata l-dun'yā wazīnatahā nuwaffi ilayhim aʿmālahum fīhā wahum fīhā lā yub'khasūna
Dhivehi ހަމައެކަނި ދުނިޔޭގެ حياة އާއި އެތާނގެ ޒީނަތްތެރިކަން އެދޭމީހާއަށް ތިމަންރަސްކަލާނގެ އެމީހާ އެދުނިޔޭގައި ކުރާ عمل އަށް އެދުނިޔޭގައި ބަރާބަރަށް جزاء ދެއްވައި ހަމަ ކޮށްދޭހުށީމެވެ. އަދި އެމީހުން އެތާ އެކުރި އެއްވެސް عمل އެއްގެ އެއްވެސް މިންވަރެއް މަދުނުކުރެވޭހުއްޓެވެ.
Verse 16
أُو۟لَـٰٓئِكَ ٱلَّذِينَ لَيْسَ لَهُمْ فِى ٱلْـَٔاخِرَةِ إِلَّا ٱلنَّارُ ۖ وَحَبِطَ مَا صَنَعُوا۟ فِيهَا وَبَـٰطِلٌ مَّا كَانُوا۟ يَعْمَلُونَ
Transliteration ulāika alladhīna laysa lahum fī l-ākhirati illā l-nāru waḥabiṭa mā ṣanaʿū fīhā wabāṭilun mā kānū yaʿmalūna
Dhivehi އެމީހުންނަކީ آخرة ދުވަހުން އެމީހުނަށް ނަރަކަނޫނީ ނެތްބައެކެވެ. އެބަހީ: އެމީހުންނަށް އެދުވަހުން ހުންނަހުށީ ހަމައެކަނި ނަރަކައެވެ. އެމީހުން އެދުނިޔޭގައި ކުރި عمل ގެ ދަރުމަޔާ ثواب ނެތިވެ باطل ވެގެން ދިޔައީއެވެ. (އެހެންވާންޖެހުނީ އެމީހުން ދުނިޔޭގައި عمل ކުރީ ﷲ ގެ وجه ފުޅު އެދިގެންކަމުގައި ނުވުމެވެ. آخرة ގެ ދަރުމަޔާ ثواب ނުއެދުމުގެ ސަބަބުންނެވެ. ހަމައެކަނި ދުނިޔެއެދުމުގެ ސަބަބުންނެވެ.)
Verse 17
أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ وَيَتْلُوهُ شَاهِدٌ مِّنْهُ وَمِن قَبْلِهِۦ كِتَـٰبُ مُوسَىٰٓ إِمَامًا وَرَحْمَةً ۚ أُو۟لَـٰٓئِكَ يُؤْمِنُونَ بِهِۦ ۚ وَمَن يَكْفُرْ بِهِۦ مِنَ ٱلْأَحْزَابِ فَٱلنَّارُ مَوْعِدُهُۥ ۚ فَلَا تَكُ فِى مِرْيَةٍ مِّنْهُ ۚ إِنَّهُ ٱلْحَقُّ مِن رَّبِّكَ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ
Transliteration afaman kāna ʿalā bayyinatin min rabbihi wayatlūhu shāhidun min'hu wamin qablihi kitābu mūsā imāman waraḥmatan ulāika yu'minūna bihi waman yakfur bihi mina l-aḥzābi fal-nāru mawʿiduhu falā taku fī mir'yatin min'hu innahu l-ḥaqu min rabbika walākinna akthara l-nāsi lā yu'minūna
Dhivehi އަޅެފަހެ އެމީހާގެ رَبّ ގެ حضرة ން ބަޔާންވެގެންވާ دليل އެއްގެމަތީގައިވާމީހާފަދަހެއްޔެވެ؟ (އެބަހީ: މިފަދަމީހާއާއި ހަމައެކަނި ދުނިޔޭގެ ދިރިއުޅުމާއި އެތާނގެ ޒީނަތް އެދިގެން މަސައްކަތްކުރިމީހާޔާ ދެމީހުން ހަމައެއްވަރުހެއްޔެވެ؟ އެއްވަރުނުވާނެކަން ކަށަވަރެވެ.) ދެންފަހެ އެމީހާގެ رَبُّ ގެ حضرة ން ބަޔާންވެގެންވާ دليل ގެމަތީގައިވާ މީހަކީ محمّد ﷺ އެވެ. އަދި އެބަޔާންވެގެންވާ دليل ކިޔަވާ ވިދާޅުވެދެއްވުމަށް އެކަލާނގެ حضرة ންވާ شَاهد އަކު ވެއެވެ. ހެކިވެރިއަކުވެއެވެ. (އެއީ جبريل عليه السّلام އެވެ.) އަދި އޭގެކުރީގައި موسى عليه السّلام އަށް ބާވައިލެއްވި ފޮތްވެއެވެ. އެފޮތްވެސް جبريل عليه السّلام ކިޔަވާ ވިދާޅުދެއްވިއެވެ. އެފޮތް ބާވައިލައްވާފައިވަނީ އޭރުތިބި މީހުންނަށްވާ إمام އެއްކަމުގައްޔާއި رحمة އެއްކަމުގައެވެ. އަދި އެމީހުން އެފޮތަށް إيمان ވެއެވެ. (އެބަހީ: އޭރުތިބި بني إسرائيل ން އެފޮތަށް އީމާންވެއެވެ. އެފޮތުގައި މި ނަބިއްޔާގެ ސިފަފުޅު ބަޔާންވެގެންވެއެވެ. އަދި އެ قرآن އަށް ނުވަތަ محمّد ﷺ އަށް كافِرُ ވެއްޖެއްޔާ ފަހެ އެމީހާގެ ޖާގައަކީ قيامة ދުވަހުން ނަރަކައެވެ. (އޭ رسول ﷲ އެވެ!) ފަހެ ކަލޭގެފާނު އެ قرآن އާމެދު ޝައްކެއްގައިވާމީހަކުކަމުގައި ވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން އެ قرآن އަކީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ حقّ އެވެ. އަދި އެހެންނަމަވެސް ގިނަމީހުން އީމާން ނުވެއެވެ. ތެދުނުކުރެއެވެ. (މިއާޔަތުގެ މާނަ ގިނަގޮތްގޮތަށް ލިޔެވިގެންވެއެވެ. މިއީ އޭގެއެއްގޮތެވެ.)
Verse 18
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا ۚ أُو۟لَـٰٓئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ ٱلْأَشْهَـٰدُ هَـٰٓؤُلَآءِ ٱلَّذِينَ كَذَبُوا۟ عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ
Transliteration waman aẓlamu mimmani if'tarā ʿalā l-lahi kadhiban ulāika yuʿ'raḍūna ʿalā rabbihim wayaqūlu l-ashhādu hāulāi alladhīna kadhabū ʿalā rabbihim alā laʿnatu l-lahi ʿalā l-ẓālimīna
Dhivehi އަދި ﷲ ގެމައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ވަކިން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ (އެބަހީ: އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ.) އެފަދަމީހުން قيامة ދުވަހުން ﷲ تعالى ގެ حضرة އަށް ހުށައެޅޭނެއެވެ. އެމީހުންގެ رَبُّ ގެ حضرة އަށް ހުށައެޅޭނެއެވެ. އަދި ހެކިދެއްވާ ބޭކަލުން (ملائكة ބޭކަލުން ނުވަތަ رسول ބޭކަލުން) ވިދާޅުވާނެއެވެ. މިމީހުންނަކީ އެމީހުންގެ رَبُّ ގެ މައްޗަށް ދޮގުހެދިމީހުންނެވެ. (މިއީ އަނިޔާވެރިންނެވެ.) ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް ﷲ ގެ لعنة ހުއްޓެވެ.
Verse 19
ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا وَهُم بِٱلْـَٔاخِرَةِ هُمْ كَـٰفِرُونَ
Transliteration alladhīna yaṣuddūna ʿan sabīli l-lahi wayabghūnahā ʿiwajan wahum bil-ākhirati hum kāfirūna
Dhivehi އެމީހުންނަކީ ﷲ ގެ މަގު ހިފަހައްޓާ ބަންދުކުރިމީހުންނެވެ. އަދި އެމަގު ގުދުކޮށް ބަޅުކުރަން އެދޭމީހުންނެވެ. އަދި ކަނޑައެޅިގެން އެމީހުންވަނީ آخرة އަށް ކާފަރުވެގެންނެވެ.
Verse 20
أُو۟لَـٰٓئِكَ لَمْ يَكُونُوا۟ مُعْجِزِينَ فِى ٱلْأَرْضِ وَمَا كَانَ لَهُم مِّن دُونِ ٱللَّهِ مِنْ أَوْلِيَآءَ ۘ يُضَـٰعَفُ لَهُمُ ٱلْعَذَابُ ۚ مَا كَانُوا۟ يَسْتَطِيعُونَ ٱلسَّمْعَ وَمَا كَانُوا۟ يُبْصِرُونَ
Transliteration ulāika lam yakūnū muʿ'jizīna fī l-arḍi wamā kāna lahum min dūni l-lahi min awliyāa yuḍāʿafu lahumu l-ʿadhābu mā kānū yastaṭīʿūna l-samʿa wamā kānū yub'ṣirūna
Dhivehi އެމީހުން (ދަންނައެވެ!) އެމީހުންނަށް ބިންމަތީގައި (ﷲ) ނުކުޅައްދައި ނުލެވޭނެއެވެ. އަދި ﷲ ފިޔަވައި (قيامة ދުވަހުން) އެމީހުންނަށް އެއްވެސް ސަހަރޯވެރިޔަކު ނުވާނެއެވެ. އެމީހުންނަށް عذاب ޑަބަލްކުރެވޭނެއެވެ. އަދި އެމީހުންނަކީ حقّ ބަހެއް އިވުމަށް ކުޅަދާނަވެގެންވާބަޔަކު ކަމުގައި ނުވެއެވެ. އަދި حقّ އެއްޗެއް ފެންނާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.
Verse 21
أُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ
Transliteration ulāika alladhīna khasirū anfusahum waḍalla ʿanhum mā kānū yaftarūna
Dhivehi އެމީހުންނަކީ އެމީހުންގެ نفس ތައް ނަގައިލިމީހުންނެވެ. ގެއްލުވައިލި މީހުންނެވެ. އަދި އެމީހުން ދޮގުހަދާ ކަމުގައިވީތަކެތި (ބުދުތައް) އެމީހުންގެ ކިބައިން ގެއްލިގެންދާނެއެވެ.
Verse 22
لَا جَرَمَ أَنَّهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ
Transliteration lā jarama annahum fī l-ākhirati humu l-akhsarūna
Dhivehi ހަމަކަށަވަރުން އެމީހުންނަކީ آخرة ގައި އެންމެބޮޑަށް ގެއްލިހަލާކުވި މީހުންކަމުގައިވުމީ عجائب އެއްނޫނެވެ. އެއީ ހަމަ حقّ ކަމެކެވެ.
Verse 23
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَأَخْبَتُوٓا۟ إِلَىٰ رَبِّهِمْ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ
Transliteration inna alladhīna āmanū waʿamilū l-ṣāliḥāti wa-akhbatū ilā rabbihim ulāika aṣḥābu l-janati hum fīhā khālidūna
Dhivehi (އެމީހުންގެތެރެއިންވެސް) އީމާންވެގެން صالح عمل ކޮށް އަދި އެމީހުންގެ رَبّ އަށް توبة ވެ ބިރުވެތިވީމީހުން މެނުވީއެވެ. އެމީހުން އެއީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން ހަމަ އެތާ ދެމިތިބޭނެއެވެ.
Verse 24
۞ مَثَلُ ٱلْفَرِيقَيْنِ كَٱلْأَعْمَىٰ وَٱلْأَصَمِّ وَٱلْبَصِيرِ وَٱلسَّمِيعِ ۚ هَلْ يَسْتَوِيَانِ مَثَلًا ۚ أَفَلَا تَذَكَّرُونَ
Transliteration mathalu l-farīqayni kal-aʿmā wal-aṣami wal-baṣīri wal-samīʿi hal yastawiyāni mathalan afalā tadhakkarūna
Dhivehi ދެބައިގަނޑުގެ މިސާލަކީ - އެބަހީ: ކާފަރުބައިގަނޑާއި مؤمن ންނާއި ދެބައިމީހުންގެ މިސާލަކީ، ކަނު އަދި ބީރުމީހަކާއި ލޮލަށް ފެންނަ އަދި ކަންފަތަށް އިވޭ މީހަކާ ދެމީހުންގެ މިސާލެވެ. މިދެމީހުން ފަހެ މިސާލުގެގޮތުން ހަމަހަމަވާނެ ހެއްޔެވެ؟ (ހަމަހަމަ ނުވާނެކަން ކަށަވަރެވެ.) ކަލޭމެން ފަހެ نصيحة ލިބިނުގަންނާނޭހެއްޔެވެ.
Verse 25
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ إِنِّى لَكُمْ نَذِيرٌ مُّبِينٌ
Transliteration walaqad arsalnā nūḥan ilā qawmihi innī lakum nadhīrun mubīnun
Dhivehi އަދި ހަމަކަށަވަރުން نُوح (عليه السّلام) رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނުންގެ قوم އަށް ފޮނުއްވީމެވެ. (އެކަލޭގެފާނު قوم އަށް ވިދާޅުވިއެވެ.) ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެނަށްވާ نذير އަކީމެވެ. (ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކީމެވެ.)
Verse 26
أَن لَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۖ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ أَلِيمٍ
Transliteration an lā taʿbudū illā l-laha innī akhāfu ʿalaykum ʿadhāba yawmin alīmin
Dhivehi އެއީ ﷲ ނޫން ފަރާތަކަށް ކަލޭމެން އަޅުކަން ނުކުރާށޭ (މިފަދައިން އެންގެވުމަށެވެ.) ހަމަކަށަވަރުން ވޭންދެނިވި عذاب އެއް ކަލޭމެންގެ މައްޗަށް އަތުވެދާނޭ ދުވަހަކަށް ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ. ﷲ ނޫން ފަރާތަކަށް އަޅުކަންކޮށްފިއްޔާ މިބުނާ عذاب حقّ ވާނެއެވެ.
Verse 27
فَقَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا نَرَىٰكَ إِلَّا بَشَرًا مِّثْلَنَا وَمَا نَرَىٰكَ ٱتَّبَعَكَ إِلَّا ٱلَّذِينَ هُمْ أَرَاذِلُنَا بَادِىَ ٱلرَّأْىِ وَمَا نَرَىٰ لَكُمْ عَلَيْنَا مِن فَضْلٍۭ بَلْ نَظُنُّكُمْ كَـٰذِبِينَ
Transliteration faqāla l-mala-u alladhīna kafarū min qawmihi mā narāka illā basharan mith'lanā wamā narāka ittabaʿaka illā alladhīna hum arādhilunā bādiya l-rayi wamā narā lakum ʿalaynā min faḍlin bal naẓunnukum kādhibīna
Dhivehi ފަހެ އެކަލޭގެފާނުންގެ قوم ގެ ބޮޑުންކުރެ ބޮޑެތި ކާފަރުން ބުންޏެވެ. (އޭ نوح އެވެ!) ކަލޭގެފާނީ ހަމަ އަހުރެމެންކަހަލަ آدم ގެ ދަރިއަކުކަމުގައިމެނުވީ އަހުރެމެން ނުދެކެމުއެވެ. އަދި ކަލޭގެފާނަށް تبع ވާ މީހުންނަކީ އަހުރެމެންގެ ތެރޭގައިވާ އެންމެ ދަށް ދެރަ އަދި ބުއްދިޔާ رَأيُ ގެގޮތުން ހަރުދަނާކަމެއް ނެތް ބަޔަކުކަމުގައިމެނުވީ އަހުރެމެން ނުދެކެމުއެވެ. އަދި އަހުރެމެންގެމައްޗަށް ކަލޭގެފާނުންގެ ކިބައިގައި އިތުރު މާތްކަމެއްވާކަމަކަށް އަހުރެމެން ނުދެކެމެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނާމެދު އަހުރެމެންނަށް ހީވަނީ ކަލޭމެންނަކީ ދޮގުވެރިންކަމުގައެވެ.
Verse 28
قَالَ يَـٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَءَاتَىٰنِى رَحْمَةً مِّنْ عِندِهِۦ فَعُمِّيَتْ عَلَيْكُمْ أَنُلْزِمُكُمُوهَا وَأَنتُمْ لَهَا كَـٰرِهُونَ
Transliteration qāla yāqawmi ara-aytum in kuntu ʿalā bayyinatin min rabbī waātānī raḥmatan min ʿindihi faʿummiyat ʿalaykum anul'zimukumūhā wa-antum lahā kārihūna
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ނިކަން خبر ދީބަލާށެވެ! ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ން علم އާއި مَعْرِفَة ވެރިކަމެއްގެ މަތީގައިވެފައި އަދި ތިމަންކަލޭގެފާނަށް އެކަލާނގެ حضرة ން رحمة އެއް އައިސްފައި يعني: نبي ކަމާއި رسول ކަން އައިސްފައި އަދި އެ رحمة ކަލޭމެންގެމައްޗަށް އަނދިރިވެ ވަންހަނާވެފައިވުމާއި އެކު ކަލޭމެން އެކަމަށް ނުރުހިތިބޭ حال ތިމަންކަލޭގެފާނު ކަލޭމެންގެ މައްޗަށް އެކަން لاَزِمُ ކުރަންވީހެއްޔެވެ؟ (އެކަން އެހެން ނުވާނެއެވެ. އަދި ކިއެއްހެއްޔެވެ؟ ﷲ ނިޔާކުރައްވަންދެން ކަލޭމެންގެ ކަންތައް ﷲ އާއި وكيل ކުރަމެވެ.)
Verse 29
وَيَـٰقَوْمِ لَآ أَسْـَٔلُكُمْ عَلَيْهِ مَالًا ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۚ وَمَآ أَنَا۠ بِطَارِدِ ٱلَّذِينَ ءَامَنُوٓا۟ ۚ إِنَّهُم مُّلَـٰقُوا۟ رَبِّهِمْ وَلَـٰكِنِّىٓ أَرَىٰكُمْ قَوْمًا تَجْهَلُونَ
Transliteration wayāqawmi lā asalukum ʿalayhi mālan in ajriya illā ʿalā l-lahi wamā anā biṭāridi alladhīna āmanū innahum mulāqū rabbihim walākinnī arākum qawman tajhalūna
Dhivehi އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ތިމަންކަލޭގެފާނު رسول ކަން ކަލޭމެނަށް އިއްވެވުމުގެ މައްޗަށް އެއްވެސް މުދަލެއް (أجُور އެއް) ކަލޭމެންގެ ކިބައިން ނޭދެމެވެ. ތިމަންކަލޭގެފާނުންގެ އުޖޫރަ ވާކަން ކަށަވަރީ ﷲ ގެ حضرة ގައެވެ. އަދި ތިމަންކަލޭގެފާނީ އީމާންވެގެންތިބި މީހުން ދުރުކޮށް ފައްސައިލާނޭ މީހަކީމެއްނޫނެވެ. އެމީހުންނީ އެމީހުންގެ ربّ އާއި ބައްދަލުކުރާނޭ ބައެކެވެ. އަދި ކިއެއްހެއްޔެވެ؟ އެހެނެއްކަމަކު ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަނީ ކަލޭމެންނީ ހަމަ جاهل ނުދަންނަ ބަޔަކުކަމުގައެވެ.
Verse 30
وَيَـٰقَوْمِ مَن يَنصُرُنِى مِنَ ٱللَّهِ إِن طَرَدتُّهُمْ ۚ أَفَلَا تَذَكَّرُونَ
Transliteration wayāqawmi man yanṣurunī mina l-lahi in ṭaradttuhum afalā tadhakkarūna
Dhivehi އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ތިމަންކަލޭގެފާނު އެމީހުން يعني: إيمان ވީމީހުން ފައްސާ ދުރުކޮށްގެން ﷲ ގެ حضرة ން عقوبة އެއް އަތުވެއްޖެއްޔާ ދެން ތިމަންކަލޭގެފާނަށް نصر ދީ ވާގިދޭނީ ކާކުހެއްޔެވެ؟ ކަލޭމެން ފަހެ އެއްޗެއް ވިސްނާ نصيحة ލިބިނުގަންނާނެހެއްޔެވެ؟
Verse 31
وَلَآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ إِنِّى مَلَكٌ وَلَآ أَقُولُ لِلَّذِينَ تَزْدَرِىٓ أَعْيُنُكُمْ لَن يُؤْتِيَهُمُ ٱللَّهُ خَيْرًا ۖ ٱللَّهُ أَعْلَمُ بِمَا فِىٓ أَنفُسِهِمْ ۖ إِنِّىٓ إِذًا لَّمِنَ ٱلظَّـٰلِمِينَ
Transliteration walā aqūlu lakum ʿindī khazāinu l-lahi walā aʿlamu l-ghayba walā aqūlu innī malakun walā aqūlu lilladhīna tazdarī aʿyunukum lan yu'tiyahumu l-lahu khayran l-lahu aʿlamu bimā fī anfusihim innī idhan lamina l-ẓālimīna
Dhivehi އަދި ތިމަންކަލޭގެފާނުގެ އަތުގައި ﷲ ގެ خزانة ވެޔެކޭވެސް ކަލޭމެންގާތު ތިމަންކަލޭގެފާނު ވިދާޅުނުވާނަމެވެ. އަދި ތިމަންކަލޭގެފާނަށް غيب ނޭނގެއެވެ. އަދި ތިމަންކަލޭގެފާނީ ހަމަކަށަވަރުން މަލާއިކަތެކޭވެސް ވިދާޅެއްނުވާނަމެވެ. އަދި ކަލޭމެންގެ ލޯތަކަށް އެމީހުންނަކީ މާދަށް ދެރަބަޔަކުކަމުގައި ދެކޭމީހުންނަށް - އެބަހީ: إيمان ވީމީހުންނަށް - ﷲ އެއްވެސް ހެޔޮކަމެއް ނުދެއްވާނެއެކޭވެސް ތިމަންކަލޭގެފާނު ވިދާޅެއް ނުވާނަމެވެ. އެމީހުންގެ نفس ތަކުގައިވާކަމެއް ދެނެވޮޑިގަތުންބޮޑީ ހަމަ ﷲ އެވެ. އެހެން ހަދައިފިއްޔާ (އެބަހީ: އީމާންވީ މީހުން ދުރުކޮށް ފައްސައިލައިފިއްޔާ އަދި އެމީހުންނަށް އެއްވެސް ހެޔޮކަމެއް ނުދެއްވާނޭ ބުނެފިއްޔާ) ހަމަކަށަވަރުން ތިމަންކަލޭގެފާނުވާހުށީ އަނިޔާވެރިންގެތެރެއިންކަންކަށަވަރެވެ.
Verse 32
قَالُوا۟ يَـٰنُوحُ قَدْ جَـٰدَلْتَنَا فَأَكْثَرْتَ جِدَٰلَنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Transliteration qālū yānūḥu qad jādaltanā fa-aktharta jidālanā fatinā bimā taʿidunā in kunta mina l-ṣādiqīna
Dhivehi އެމީހުން ދެންނެވިއެވެ. އޭ نوح އެވެ! ކަލޭގެފާނު އަހުރެމެންނާ جدل ކުރައްވައިފީމުއެވެ. އަދި جدل ވަރަށްގިނަވެސް ކުރައްވައިފީމުއެވެ. ދެން އެހެންވީއިރު އަހުރެމެންގެމައްޗަށް އަންނާނެކަމަށް ތިޔަވިދާޅުވާ އަދި وعد ކުރައްވާ އެތި يعني: عذاب އަހުރެމެންގެމައްޗަށް ގެނަސްދެއްވާށެވެ! ކަލޭގެފާނީ ތެދުވެރިޔަކު ކަމުގައިވަންޏާއެވެ.
Verse 33
قَالَ إِنَّمَا يَأْتِيكُم بِهِ ٱللَّهُ إِن شَآءَ وَمَآ أَنتُم بِمُعْجِزِينَ
Transliteration qāla innamā yatīkum bihi l-lahu in shāa wamā antum bimuʿ'jizīna
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އެ عذاب ކަލޭމެންނަށް ގެންނަވާނެކަންކަށަވަރީ ހަމަ ﷲ އެވެ. އެކަލާނގެ އެދިވޮޑިގެންނެވިއްޔާއެވެ. އަދި ކަލޭމެންނަކީ ދެން އޭރުން އެ عذاب دفاع ކޮށް އެކަލާނގެ ނުކުޅައްދައިލެވޭނެ ބަޔަކުނޫނެވެ.
Verse 34
وَلَا يَنفَعُكُمْ نُصْحِىٓ إِنْ أَرَدتُّ أَنْ أَنصَحَ لَكُمْ إِن كَانَ ٱللَّهُ يُرِيدُ أَن يُغْوِيَكُمْ ۚ هُوَ رَبُّكُمْ وَإِلَيْهِ تُرْجَعُونَ
Transliteration walā yanfaʿukum nuṣ'ḥī in aradttu an anṣaḥa lakum in kāna l-lahu yurīdu an yugh'wiyakum huwa rabbukum wa-ilayhi tur'jaʿūna
Dhivehi އަދި ތިމަންކަލޭގެފާނު ކަލޭމެނަށް نصيحة ދޭން قصد ކުރިނަމަވެސް ﷲ ކަލޭމެން ތެދުމަގުން އެއްފަރާތްކޮށްލާ މަގުފުރައްދައިލުމަށް އެދިވޮޑިގަންނަވަންޏާ ތިމަންކަލޭގެފާނުންގެ نصيحة ން ކަލޭމެނަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެކަލާނގެ އެއީ ހަމަކަލޭމެންގެ ربّ އެވެ. އަދި ކަލޭމެން رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
Verse 35
أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ إِنِ ٱفْتَرَيْتُهُۥ فَعَلَىَّ إِجْرَامِى وَأَنَا۠ بَرِىٓءٌ مِّمَّا تُجْرِمُونَ
Transliteration am yaqūlūna if'tarāhu qul ini if'taraytuhu faʿalayya ij'rāmī wa-anā barīon mimmā tuj'rimūna
Dhivehi (ﷲ ވަޙީ ކުރެއްވިއެވެ.) ނުވަތަ އެމީހުން يعني: مكّة ގެ مشرك ން އެބުނަނީ އެކަލޭގެފާނު يعني: محمّد ގެފާނު نوح ގެފާނުންގެ ވާހަކަ އޭގައި އެކުލެވިގެން އެވާ އެ قرآن އާއި نُوح (عليه السّلام) ގެވާހަކަ އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވިކަމަށްހެއްޔެވެ؟ (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހަދައި އެފޮތް ﷲ އަށް نسبة ކުރާނަމަ އެކަމުގެ ކުށް އަދި ފާފަ އޮންނާނީ ހަމަ ތިމަންކަލޭގެފާނަށެވެ. އަދި ކަލޭމެން ކުރާ ފާފައިން ތިމަންކަލޭގެފާނު ބަރީއަވެގެންވެއެވެ.
Verse 36
وَأُوحِىَ إِلَىٰ نُوحٍ أَنَّهُۥ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ ءَامَنَ فَلَا تَبْتَئِسْ بِمَا كَانُوا۟ يَفْعَلُونَ
Transliteration waūḥiya ilā nūḥin annahu lan yu'mina min qawmika illā man qad āmana falā tabta-is bimā kānū yafʿalūna
Dhivehi އަދި نوح (عليه السّلام) އަށް وحي އިއްވެވުނެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ قوم ގެމީހުންކުރެ މިހާރު އީމާންވެފައިވާމީހުން ފިޔަވައި ދެން އެހެންމީހަކު ކަލޭގެފާނުންގެ قوم ން އީމާންނުވާނެއެވެ. އަދި އެމީހުން އެކުރާ ކަންތަކާމެދު ކަލޭގެފާނު مايوس ވެވަޑައިގެން ހިތާމަފުޅު ނުކުރައްވާށެވެ!
Verse 37
وَٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا وَلَا تُخَـٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ ۚ إِنَّهُم مُّغْرَقُونَ
Transliteration wa-iṣ'naʿi l-ful'ka bi-aʿyuninā wawaḥyinā walā tukhāṭib'nī fī alladhīna ẓalamū innahum mugh'raqūna
Dhivehi އަދި ތިމަންރަސްކަލާނގެ ބެއްލުމާއި أمر ފުޅާއެއްގޮތަށް ކަލޭގެފާނު ނައުކޮޅު ހައްދަވާށެވެ! އަދި އަނިޔާވެރިވީމީހުންނާއިމެދު (مشرك ންނާއިމެދު) ކަލޭގެފާނު ތިމަންރަސްކަލާނގެއާއި مخاطب ކުރައްވައި ބަސްފުޅު ވިދާޅުނުވާށެވެ! ހަމަކަށަވަރުން އެމީހުންނަކީ غرق ވެގެންދާނޭ ބައެކެވެ.
Verse 38
وَيَصْنَعُ ٱلْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌ مِّن قَوْمِهِۦ سَخِرُوا۟ مِنْهُ ۚ قَالَ إِن تَسْخَرُوا۟ مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ
Transliteration wayaṣnaʿu l-ful'ka wakullamā marra ʿalayhi mala-on min qawmihi sakhirū min'hu qāla in taskharū minnā fa-innā naskharu minkum kamā taskharūna
Dhivehi އަދި އެކަލޭގެފާނު ނައުކޮޅު ހައްދަވަމުންދެއެވެ. (އެއީ އެއްގަމުގައެވެ. މޫދާ މާދުރުގައެވެ.) އަދި ރަށުގެ ބޮޑެތިމީހުން އެކަލޭގެފާނު (ނައުކޮޅު ހައްދަވާތާ) ކައިރިންލާފައިދަންޏާ އެކަލޭގެފާނަށް މަލާމާތްކުރެއެވެ. (އެމީހުން ބުނާކަމުގައިވެއެވެ. މިހާރު نبي ކަން ދޫކޮށްލައްވާފައި ވަޑާންފެއްޓެވީތޯއެވެ. އަދި ތިޔަ ނައު ތިޔައީ އެއްގަމުގައިދުއްވާ ނަވެއްތޯއެވެ. އެހެންނާފަހެ މޫދުވީ ހިސާބެއް ނޭނގެއެވެ. މިއީ މަލާމާތަށް އެމީހުންބުނާ ބައެއްތަކެތި ކަމުގައިވިއެވެ.) އެކަލޭގެފާނު އެމީހުންނަށް ވިދާޅުވެއެވެ. ކަލޭމެން އަހުރެމެންނަށް މަލާމާތްކުރަންޏާ އަހުރެމެންވެސް ކަލޭމެން ތިޔަ މަލާމާތްކުރާގޮތަށް ކަލޭމެނަށް މަލާމާތްކުރާނަމެވެ.
Verse 39
فَسَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيمٌ
Transliteration fasawfa taʿlamūna man yatīhi ʿadhābun yukh'zīhi wayaḥillu ʿalayhi ʿadhābun muqīmun
Dhivehi އަދި ނިކަންހުރެ އެމީހަކަށް ދެރަނިކަމެތިވެގެންވާ عذاب އެއް އަންނާނެމީހެއް ކަލޭމެންނަށް އެނގިދާނެއެވެ. އަދި އެމީހަކަށް (آخرة ދުވަހުން) ނަރަކައިގެ دائمى عذاب އެއް އަންނާނެ މީހަކު އެނގިދާނެއެވެ.
Verse 40
حَتَّىٰٓ إِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ قُلْنَا ٱحْمِلْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ وَمَنْ ءَامَنَ ۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٌ
Transliteration ḥattā idhā jāa amrunā wafāra l-tanūru qul'nā iḥ'mil fīhā min kullin zawjayni ith'nayni wa-ahlaka illā man sabaqa ʿalayhi l-qawlu waman āmana wamā āmana maʿahu illā qalīlun
Dhivehi ދެން ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދުން ކައްކާ އުނދުންތަކުން (އަދި ހަމަ ސީދާ ބިމުން) ފެން އަރަންފަށައިފިއެވެ. ތިމަންރަސްކަލާނގެ (އެކަލޭގެފާނަށް) އެންގެވީމެވެ. ކޮންމެ ދިރޭބާވަތަކުން ޖޯޑުޖޯޑު ވާގޮތަށް ދޭތި އެނަވަށް ލައްވާށެވެ! އަދި އެމީހެއްގެމައްޗަށް (ހަލާކުގެ) ބަސްފުޅު އިސްވެގޮސްފައިވާމީހުން ފިޔަވައި ކަލޭގެފާނުންގެ أهل ވެރިންވެސް ލައްވާށެވެ! އަދި އީމާންވެގެންވާމީހުންވެސް އެނަވަށް ލައްވާށެވެ! އަދި މަދުބަޔަކުމެނުވީ އެކަލޭގެފާނާއެކު އީމާންވެގެން ނުވެއެވެ.
Verse 41
۞ وَقَالَ ٱرْكَبُوا۟ فِيهَا بِسْمِ ٱللَّهِ مَجْر۪ىٰهَا وَمُرْسَىٰهَآ ۚ إِنَّ رَبِّى لَغَفُورٌ رَّحِيمٌ
Transliteration waqāla ir'kabū fīhā bis'mi l-lahi majrahā wamur'sāhā inna rabbī laghafūrun raḥīmun
Dhivehi އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އެނަވަށް ކަލޭމެން އަރާށެވެ! އެނަވުގެ ދުވުމާއި އަދި އެނަވުގެ ބަނދަރުކުރުންވަނީ ﷲ ގެ إسم ފުޅުންނެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ އެއީ ކަނޑައެޅިގެން ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުންބޮޑު ކަލާނގެކަން ކަށަވަރެވެ.
Verse 42
وَهِىَ تَجْرِى بِهِمْ فِى مَوْجٍ كَٱلْجِبَالِ وَنَادَىٰ نُوحٌ ٱبْنَهُۥ وَكَانَ فِى مَعْزِلٍ يَـٰبُنَىَّ ٱرْكَب مَّعَنَا وَلَا تَكُن مَّعَ ٱلْكَـٰفِرِينَ
Transliteration wahiya tajrī bihim fī mawjin kal-jibāli wanādā nūḥun ib'nahu wakāna fī maʿzilin yābunayya ir'kab maʿanā walā takun maʿa l-kāfirīna
Dhivehi އަދި އެނައުކޮޅު އެމީހުންނާއިގެން ފަރުބަދަތައްވަރުގެ ބޮޑެތި ރާޅުގެތެރޭގައި ދުވަމުންދެއެވެ. އަދި نوح (عليه السّلام) އެކަލޭގެފާނުންގެ ދަރިކަލުންނަށް ވިދާޅުވެ ގޮވައިލެއްވިއެވެ. އޭރު އޭނާ ވަނީ ނަވާ ވަކިން ކަނޑުގައެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިފުޅާއެވެ! އަހުރެމެންނާއެކު ނަވަށް އަރާށެވެ! އަދި ކާފަރުންނާއެކު ނުވާށެވެ!
Verse 43
قَالَ سَـَٔاوِىٓ إِلَىٰ جَبَلٍ يَعْصِمُنِى مِنَ ٱلْمَآءِ ۚ قَالَ لَا عَاصِمَ ٱلْيَوْمَ مِنْ أَمْرِ ٱللَّهِ إِلَّا مَن رَّحِمَ ۚ وَحَالَ بَيْنَهُمَا ٱلْمَوْجُ فَكَانَ مِنَ ٱلْمُغْرَقِينَ
Transliteration qāla saāwī ilā jabalin yaʿṣimunī mina l-māi qāla lā ʿāṣima l-yawma min amri l-lahi illā man raḥima waḥāla baynahumā l-mawju fakāna mina l-mugh'raqīna
Dhivehi އެދަރިކަލުން ދެންނެވިއެވެ. އަހުރެން ފަރުބަދައަކަށް އަރާ ހަމަޖެހިދާނަމެވެ. އެފަރުބަދަ އަހުރެން ފެނުން ސަލާމަތްކޮށްދީފާނެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު ސަލާމަތްކޮށްދޭނޭ އެއްވެސް މީހަކު ނުވާނެއެވެ. މިއީ ﷲ ގެ أمر ފުޅުން ހިނގަމުންދާކަމެކެވެ. އެކަލާނގެ رحمة ލެއްވި މީހަކުމެނުވީ ސަލާމަތެއް ނުވާނެއެވެ. (އަދި އެހިސާބަށް ދެބަފައިންގެ ވާހަކަ ދާއިރަށް) އެދެބަފައިކަލުންގެ ދެމެދަށް ރާޅެއް ހުރަސްވެއްޖެއެވެ. (ދެން އެދަރިކަލުން ގެއްލުނީއެވެ.) އަދި އޭނާވީ غرق ވެގެންދިޔަ މީހުންގެތެރެއިންނެވެ.
Verse 44
وَقِيلَ يَـٰٓأَرْضُ ٱبْلَعِى مَآءَكِ وَيَـٰسَمَآءُ أَقْلِعِى وَغِيضَ ٱلْمَآءُ وَقُضِىَ ٱلْأَمْرُ وَٱسْتَوَتْ عَلَى ٱلْجُودِىِّ ۖ وَقِيلَ بُعْدًا لِّلْقَوْمِ ٱلظَّـٰلِمِينَ
Transliteration waqīla yāarḍu ib'laʿī māaki wayāsamāu aqliʿī waghīḍa l-māu waquḍiya l-amru wa-is'tawat ʿalā l-jūdiyi waqīla buʿ'dan lil'qawmi l-ẓālimīna
Dhivehi އަދި ބުނެވުނެވެ. (އެބަހީ: ﷲ އެންގެވިއެވެ.) އޭ ބިމާއެވެ! ތިބާގެ ފެން ތިބާ ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ! ތިބާގެ ފެން ތިބާ ހިފަހައްޓާށެވެ! އަދި ބިމުގެތެރެއަށް ފެންގަނޑު ގެނބިގެންގޮސް ހިކިއްޖެއެވެ. އަދި ހުރިހާކަމެއްވެ ނިމިއްޖެއެވެ. (އެންމެހައި ކާފަރުން ހަލާކުވެ ދިޔައީއެވެ.) އަދި الجُودِيُّ ކިޔާ ފަރުބަދައިގައި ނައުކޮޅުގޮސް ހަމަޖެހިއްޖެއެވެ. ބަނދަރުކޮށްފިއެވެ. އަދި އެންގެވުނެވެ. އަނިޔާވެރިންނަށް ހުރި ދުރުކަމާއެވެ. ﷲ ގެ رحمة އާއި ދުރުކަމާއެވެ.
Verse 45
وَنَادَىٰ نُوحٌ رَّبَّهُۥ فَقَالَ رَبِّ إِنَّ ٱبْنِى مِنْ أَهْلِى وَإِنَّ وَعْدَكَ ٱلْحَقُّ وَأَنتَ أَحْكَمُ ٱلْحَـٰكِمِينَ
Transliteration wanādā nūḥun rabbahu faqāla rabbi inna ib'nī min ahlī wa-inna waʿdaka l-ḥaqu wa-anta aḥkamu l-ḥākimīna
Dhivehi އަދި نوح (عليه السّلام) އެކަލޭގެފާނުންގެ ربّ އަށް مناجا ދެންނެވިއެވެ. دعاء ދެންނެވިއެވެ. ފަހެ އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާގެ ދަރިކަލުންވަނީ މިއަޅާގެ أهل ވެރިންގެތެރެއިންނެވެ. (އޭނާ ވީތަނެއް ނޭނގެއެވެ.) އަދި ހަމަކަށަވަރުން އިބަރަސްކަލާނގެ وعد ފުޅު އެއީ ހަމަ حقّ وعد ފުޅެކެވެ. (އެއީ މިއަޅާގެ أهل ވެރިން ސަލާމަތްކުރައްވާނެކަމުގެ وعد ފުޅެވެ.) އަދި އިބަރަސްކަލާނގެއީ އެންމެމޮޅަށް حكم ކުރައްވާ حاكم އެވެ.
Verse 46
قَالَ يَـٰنُوحُ إِنَّهُۥ لَيْسَ مِنْ أَهْلِكَ ۖ إِنَّهُۥ عَمَلٌ غَيْرُ صَـٰلِحٍ ۖ فَلَا تَسْـَٔلْنِ مَا لَيْسَ لَكَ بِهِۦ عِلْمٌ ۖ إِنِّىٓ أَعِظُكَ أَن تَكُونَ مِنَ ٱلْجَـٰهِلِينَ
Transliteration qāla yānūḥu innahu laysa min ahlika innahu ʿamalun ghayru ṣāliḥin falā tasalni mā laysa laka bihi ʿil'mun innī aʿiẓuka an takūna mina l-jāhilīna
Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. ހަމަކަށަވަރުން އެދަރިކަލުން ކަލޭގެފާނުންގެ أهل ވެރިންގެތެރެއިން ނުވެއެވެ. ހަމަކަށަވަރުން އޭނާގެ عمل صالح عمل ކަމުގައި ނުވެއެވެ. (ބުނެވެނީ އޭނާ شرك ކުރާކަމުގައެވެ. والله أعلم) ނުވަތަ ކަލޭގެފާނު އެދަރިކަލުންގެ މައްސަލައިގައި ތިމަންރަސްކަލާނގެއަށް ދެންނެވި ދެންނެވުން صالح عمل ގެތެރެއިން ނުވެއެވެ. މިދެ ترجمة ވެއެވެ. طَبرى راجِحُ ކުރައްވަނީ ފަހުން މިދެންނެވި ގޮތެވެ. والله أعلم بالصّواب)\n(ﷲ وحي ކުރައްވައެވެ. އޭ نوح އެވެ!) ކަލޭގެފާނަށް އެކަމެއްގެ خبر އެނގިވަޑައިގެންނުވާ ކަންތަކަށް ތިމަންރަސްކަލާނގެއަށް ނުދަންނަވާށެވެ! އަދި ކަލޭގެފާނު جاهل ންގެ ތެރެއިން ވެވަޑައިނުގެންނެވުމަށް ތިމަންރަސްކަލާނގެ ކަލޭގެފާނަށް وعظ ދެމެވެ. نصيحة ދެމެވެ.
Verse 47
قَالَ رَبِّ إِنِّىٓ أَعُوذُ بِكَ أَنْ أَسْـَٔلَكَ مَا لَيْسَ لِى بِهِۦ عِلْمٌ ۖ وَإِلَّا تَغْفِرْ لِى وَتَرْحَمْنِىٓ أَكُن مِّنَ ٱلْخَـٰسِرِينَ
Transliteration qāla rabbi innī aʿūdhu bika an asalaka mā laysa lī bihi ʿil'mun wa-illā taghfir lī watarḥamnī akun mina l-khāsirīna
Dhivehi އެކަލޭގެފާނު يعني: نوح (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާއަށް އެނގިގެންނުވާ ކަންކަމާއިމެދު އިބަރަސްކަލާނގެއާ ސުވާލުކޮށް ދެންނެވުމާއިމެދު އިބަރަސްކަލާނގެ حضرة ން ސަލާމަތާއި ރައްކާތެރިކަން ދެއްވުންއެދި މިއަޅާ ދަންނަވަމެވެ! ފަހެ އިބަރަސްކަލާނގެ މިއަޅާއަށް ނުފުއްސެވިއްޔާ އަދި އިބަރަސްކަލާނގެ މިއަޅާއަށް رحمة ނުލެއްވިއްޔާ ހަމަކަށަވަރުން މިއަޅާވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
Verse 48
قِيلَ يَـٰنُوحُ ٱهْبِطْ بِسَلَـٰمٍ مِّنَّا وَبَرَكَـٰتٍ عَلَيْكَ وَعَلَىٰٓ أُمَمٍ مِّمَّن مَّعَكَ ۚ وَأُمَمٌ سَنُمَتِّعُهُمْ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٌ
Transliteration qīla yānūḥu ih'biṭ bisalāmin minnā wabarakātin ʿalayka waʿalā umamin mimman maʿaka wa-umamun sanumattiʿuhum thumma yamassuhum minnā ʿadhābun alīmun
Dhivehi وحي އިއްވެވުނެވެ. އެބަހީ: ﷲ تعالى وحي ކުރެއްވިއެވެ. އޭ نوح އެވެ! ތިމަންރަސްކަލާނގެ حضرة ންވާ ސަލާމަތްތެރިކަމާއިއެކު ފައިބާވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނަށާއި އަދި ކަލޭގެފާނާއި އެކުގައިވާ މީހުންގެ ދަރިކޮޅުން އަންނާނޭ مؤمن ންގެމައްޗަށް ވާ بركاة އާއިއެކުގައެވެ. އަދި އެބަޔަކަށް ދުނިޔޭގެ حياة ގައި ކުޑަ އަރާމުކޮޅެއް ތިމަންރަސްކަލާނގެ ދެއްވާނޭ ބަޔަކުގެމައްޗަށްވެސް މެއެވެ. ދެން ތިމަންރަސްކަލާނގެ حضرة ން އެމީހުންނަށް ޖެހޭނީ ވޭންދެނިވި عذاب އެވެ. (މިމީހުންނަކީ ﷲ ގެ أَزَلِى علم ނިޔާކުރާގޮތުން ނައުކޮޅުގައިވާމީހުންގެ ދަރިކޮޅުން އަންނާނޭ ކާފަރުންނެވެ.)
Verse 49
تِلْكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهَآ إِلَيْكَ ۖ مَا كُنتَ تَعْلَمُهَآ أَنتَ وَلَا قَوْمُكَ مِن قَبْلِ هَـٰذَا ۖ فَٱصْبِرْ ۖ إِنَّ ٱلْعَـٰقِبَةَ لِلْمُتَّقِينَ
Transliteration til'ka min anbāi l-ghaybi nūḥīhā ilayka mā kunta taʿlamuhā anta walā qawmuka min qabli hādhā fa-iṣ'bir inna l-ʿāqibata lil'muttaqīna
Dhivehi (އޭ رسول ﷲ އެވެ!) އެ خبر ތަކަކީ يعني: نوح عليه السّلام ގެ خبر ތައް މިއީ - ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެ خبر ތައް وحي ކުރައްވާ غَيْبُ ގެ خبر ތަކެވެ. ކަލޭގެފާނުވެސް އަދި ކަލޭގެފާނުންގެ قوم ގެމީހުންވެސް މީގެކުރީ އެބަހީ: މި وحي ގެކުރީ މި خبر ތައް ދަންނަކަމުގައި ނުވެއެވެ. ފަހެ ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ކަންކަމުގެ ފަހުކޮޅު ރަނގަޅުވުންވަނީ تقوى ވެރިންނަށެވެ.
Verse 50
وَإِلَىٰ عَادٍ أَخَاهُمْ هُودًا ۚ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۖ إِنْ أَنتُمْ إِلَّا مُفْتَرُونَ
Transliteration wa-ilā ʿādin akhāhum hūdan qāla yāqawmi uʿ'budū l-laha mā lakum min ilāhin ghayruhu in antum illā muf'tarūna
Dhivehi އަދި عاد ބާގައިގެމީހުންގެގާތަށް އެމީހުންގެ أخ هود عليه السّلام رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި ކަލޭމެންނަކަށް އެހެންއެއްވެސް إله އަކު ނުވެއެވެ. ކަލޭމެންނަކީ ދޮގުވެރިބަޔަކުކަމުގައި މެނުވީ ނުވެއެވެ. (އެބަހީ: ﷲ ފިޔަވައި إله ންކަމުގައި ބުދުތަކަށް އަޅުކަންކުރުމަކީ ދޮގެވެ. އެއްވެސް މާނައެއްގައި އަޅުކަން އެއަށް ވެވުން حقّ އެއްޗެއްނޫނެވެ.)
Verse 51
يَـٰقَوْمِ لَآ أَسْـَٔلُكُمْ عَلَيْهِ أَجْرًا ۖ إِنْ أَجْرِىَ إِلَّا عَلَى ٱلَّذِى فَطَرَنِىٓ ۚ أَفَلَا تَعْقِلُونَ
Transliteration yāqawmi lā asalukum ʿalayhi ajran in ajriya illā ʿalā alladhī faṭaranī afalā taʿqilūna
Dhivehi އޭ އަހުރެންގެ قوم އެވެ! ތިމަންކަލޭގެފާނު އެކަމުގެ މައްޗަށް އެބަހީ: رسول ކަން ކަލޭމެނަށް އިއްވުމުގެ މައްޗަށް-ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދޭނަމެވެ. - ތިމަންކަލޭގެފާނުންގެ އުޖޫރަ ތިމަންކަލޭގެފާނު ނެތުމުގެ ތެރެއިން ހެއްދެވި ކަލާނގެ حضرة ން މެނުވީ ނުވެއެވެ. ކަލޭމެން ފަހެ ބުއްދި ނުކުރާނަންހެއްޔެވެ؟
Verse 52
وَيَـٰقَوْمِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا۟ مُجْرِمِينَ
Transliteration wayāqawmi is'taghfirū rabbakum thumma tūbū ilayhi yur'sili l-samāa ʿalaykum mid'rāran wayazid'kum quwwatan ilā quwwatikum walā tatawallaw muj'rimīna
Dhivehi އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ގައި ފާފަފުއްސެވުމަށް އެދިދަންނަވާށެވެ! ދެން އެކަލާނގެ حضرة އަށް رجوع ވެ توبة ވާށެވެ! އެކަލާނގެ ކަލޭމެންނަށް ބޯވާރޭ ފޮނުއްވާނެތެވެ. އަދި ކަލޭމެންގެ ބާރުގެތެރެއަށް ބާރު އިތުރުކޮށްދެއްވާނެއެވެ. އަދި ކަލޭމެން އުރެދޭ حال / ނުވަތަ كافر ވާ حال ފުރަގަސްނުދޭށެވެ!1
Verse 53
قَالُوا۟ يَـٰهُودُ مَا جِئْتَنَا بِبَيِّنَةٍ وَمَا نَحْنُ بِتَارِكِىٓ ءَالِهَتِنَا عَن قَوْلِكَ وَمَا نَحْنُ لَكَ بِمُؤْمِنِينَ
Transliteration qālū yāhūdu mā ji'tanā bibayyinatin wamā naḥnu bitārikī ālihatinā ʿan qawlika wamā naḥnu laka bimu'minīna
Dhivehi އެމީހުން ދެންނެވިއެވެ. އޭ هود ގެފާނެވެ! ކަލޭގެފާނު އަހުރެމެންގެ ގާތަށް އެއްވެސް حجّة އެއް دليل އެއް (ތިޔަދައްކަވާ ވާހަކަފުޅު ތެދުކަމުގެމައްޗަށް) ނުގެންނަވަމެވެ. އަދި ކަލޭގެފާނު ހަމަ ވިދާޅުވާ ވިދާޅުވުމަކަށް އަހުރެމެން އަހުރެމެންގެ إله ންތަކެއް ނުދޫކުރާނަމެވެ. އަދި އަހުރެމެންނަކީ ކަލޭގެފާނަށް އީމާންވާނެ ބަޔަކުކަމުގައި ނުވެއެވެ.
Verse 54
إِن نَّقُولُ إِلَّا ٱعْتَرَىٰكَ بَعْضُ ءَالِهَتِنَا بِسُوٓءٍ ۗ قَالَ إِنِّىٓ أُشْهِدُ ٱللَّهَ وَٱشْهَدُوٓا۟ أَنِّى بَرِىٓءٌ مِّمَّا تُشْرِكُونَ
Transliteration in naqūlu illā iʿ'tarāka baʿḍu ālihatinā bisūin qāla innī ush'hidu l-laha wa-ish'hadū annī barīon mimmā tush'rikūna
Dhivehi (އަހުރެމެންގެ إله ންތަކަށް ހުތުރުބަސް ވިދާޅުވުމުގެ ސަބަބުން) އަހުރެމެންގެ ބައެއް إله ންގެފަރާތުން ކަލޭގެފާނަށް ކޮންމެވެސް މޮޔަކަމެއް ޖެހިވަޑައިގެންފައިވާ ކަމުގައި މެނުވީ އަހުރެމެން ނުބުނާނަމެވެ. (އެބަހީ: ކަލޭގެފާނަށް ތިޔަވަނީ އެ إله ންގެފަރާތުން ނުބައި މޮޔަކަމެއް ޖެހިވަޑައިގެންފައެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ﷲ ހެކިކުރުވަމެވެ. އަދި ކަލޭމެންވެސް ހެކިވާށެވެ. ހަމަކަށަވަރުން ކަލޭމެން ތިޔަ شريك ކުރާތަކެތީން އަހުރެންވަނީ ބަރީއަވެގެންނެވެ.
Verse 55
مِن دُونِهِۦ ۖ فَكِيدُونِى جَمِيعًا ثُمَّ لَا تُنظِرُونِ
Transliteration min dūnihi fakīdūnī jamīʿan thumma lā tunẓirūni
Dhivehi އެކަލާނގެ މެނުވީއެވެ. ފަހެ ކަލޭމެން އެންމެން (ކަލޭމެންނާ އަދި ބުދުތަކާވެގެން) ތިމަންކަލޭގެފާނަށް ނުބައިގޮތެއް ރާވައި ގެއްލުމެއްދޭން ނިންމާލާށެވެ! އަދި ތިމަންކަލޭގެފާނަށް ދަނޑިވަޅެއްވެސް ނުދޭށެވެ!
Verse 56
إِنِّى تَوَكَّلْتُ عَلَى ٱللَّهِ رَبِّى وَرَبِّكُم ۚ مَّا مِن دَآبَّةٍ إِلَّا هُوَ ءَاخِذٌۢ بِنَاصِيَتِهَآ ۚ إِنَّ رَبِّى عَلَىٰ صِرَٰطٍ مُّسْتَقِيمٍ
Transliteration innī tawakkaltu ʿalā l-lahi rabbī warabbikum mā min dābbatin illā huwa ākhidhun bināṣiyatihā inna rabbī ʿalā ṣirāṭin mus'taqīmin
Dhivehi ހަމަކަށަވަރުން ތިމަންކަލޭގެފާނު ﷲ އަށް وكيل ކޮށްފީމެވެ. އެކަލާނގެއީ ތިމަންކަލޭގެފާނާއި އަދި ކަލޭމެންގެ ربّ އެވެ. އެއްވެސް ދިރޭއެއްޗެއް އެއެއްޗެއްގެ ނިތްކުރީގެމަތީގައިވާ އިސްތަށިގަނޑުގައި އެކަލާނގެ ހިތްޕަވައިގެންވާމެނުވީ ނުވެއެވެ. (އެބަހީ: ކޮންމެއެއްޗެއްވެސްވަނީ އެކަލާނގެ ބާރުގެދަށުގައެވެ.) ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ ވަނީ حقّ މަގުގައެވެ. عدل إنصاف ގައެވެ. (މިހެނީ ތިމަންކަލޭގެފާނު މިގޮވައިލައްވަނީ އެކަލާނގެ މަގަށެވެ. ކަލޭމެން އެމަގަށް ތަބާނުވެ އަދި އެމަގުބަންދުކުރަނީއެވެ. އެކަލާނގެ ތިމަންކަލޭގެފާނު ގެއްލެނި ނުކުރައްވާނެއެވެ.)
Verse 57
فَإِن تَوَلَّوْا۟ فَقَدْ أَبْلَغْتُكُم مَّآ أُرْسِلْتُ بِهِۦٓ إِلَيْكُمْ ۚ وَيَسْتَخْلِفُ رَبِّى قَوْمًا غَيْرَكُمْ وَلَا تَضُرُّونَهُۥ شَيْـًٔا ۚ إِنَّ رَبِّى عَلَىٰ كُلِّ شَىْءٍ حَفِيظٌ
Transliteration fa-in tawallaw faqad ablaghtukum mā ur'sil'tu bihi ilaykum wayastakhlifu rabbī qawman ghayrakum walā taḍurrūnahu shayan inna rabbī ʿalā kulli shayin ḥafīẓun
Dhivehi (ﷲ ވަޙީކުރެއްވިއެވެ.) ފަހެ އެމީހުން އެނބުރި ފުރަގަސްދީފިއްޔާ (ވިދާޅުވާށެވެ!) ހަމަކަށަވަރުން ތިމަންކަލޭގެފާނު އެއެއްޗަކާއިގެން ކަލޭމެންގެގާތަށް އެފޮނުވުނު އެތި ހަމަކަށަވަރުން ތިމަންކަލޭގެފާނު ކަލޭމެނަށް އިއްވައިފީމެވެ. (އެބަހީ: رسول ކަން އިއްވައިފީމެވެ.) އަދި ތިމަންކަލޭގެފާނުންގެ ربّ ކަލޭމެން ހަލާކުކުރައްވައި ކަލޭމެން ނޫންބައަކު އޭގެބަދަލުގައި ގެންނަވައިފާނެއެވެ. އަދި އެއްވެސް ގެއްލުމެއް ކަލޭމެންނަށް އެކަލާނގެއަށް ނުދެވޭނެއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ ހުރިހާއެއްޗެއް ރައްކާތެރިކުރައްވައެވެ.
Verse 58
وَلَمَّا جَآءَ أَمْرُنَا نَجَّيْنَا هُودًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَنَجَّيْنَـٰهُم مِّنْ عَذَابٍ غَلِيظٍ
Transliteration walammā jāa amrunā najjaynā hūdan wa-alladhīna āmanū maʿahu biraḥmatin minnā wanajjaynāhum min ʿadhābin ghalīẓin
Dhivehi އަދި ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދު އެބަހީ: عذاب އައިހިނދުން هُودُ عليه السّلام އާއި އެކަލޭގެފާނާއިއެކު إيمان ވެގެންތިބިމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. އަދި قيامة ދުވަހުގެ ގަދަވެގެންވާ عذاب ން ތިމަންރަސްކަލާނގެ އެމީހުން ސަލާމަތްކުރެއްވީމެވެ.
Verse 59
وَتِلْكَ عَادٌ ۖ جَحَدُوا۟ بِـَٔايَـٰتِ رَبِّهِمْ وَعَصَوْا۟ رُسُلَهُۥ وَٱتَّبَعُوٓا۟ أَمْرَ كُلِّ جَبَّارٍ عَنِيدٍ
Transliteration watil'ka ʿādun jaḥadū biāyāti rabbihim waʿaṣaw rusulahu wa-ittabaʿū amra kulli jabbārin ʿanīdin
Dhivehi އަދި އެއީ އެބަހީ: މި بيان ވެގެން އެދިޔައީ عاد ބާގައިގެމީހުންގެ ވާހަކައެވެ. އެމީހުން އެމީހުންގެ ربّ ގެ އާޔަތްތަކަށް ދެކޮޅުހެދީއެވެ. އަދި އެކަލާނގެ ފޮނުއްވި رسول ބޭކަލުންނަށް އުރެދުނީއެވެ. އަދި حقّ މަގާއި ދުރުވެގެންވާ ބޮޑާ ކޮންމެ މީހެއްގެ أمر އާއި އެމީހުން تبع ވީއެވެ.
Verse 60
وَأُتْبِعُوا۟ فِى هَـٰذِهِ ٱلدُّنْيَا لَعْنَةً وَيَوْمَ ٱلْقِيَـٰمَةِ ۗ أَلَآ إِنَّ عَادًا كَفَرُوا۟ رَبَّهُمْ ۗ أَلَا بُعْدًا لِّعَادٍ قَوْمِ هُودٍ
Transliteration wa-ut'biʿū fī hādhihi l-dun'yā laʿnatan wayawma l-qiyāmati alā inna ʿādan kafarū rabbahum alā buʿ'dan liʿādin qawmi hūdin
Dhivehi އެމީހުންނަށް މިދުނިޔޭގައިވެސް އަދި قيامة ދުވަހުންވެސް لعنة، تبع ވެވިގެންވިއެވެ. އެބަހީ: ﷲ ގެ ކޯފާ تبع ވެވިގެންވެއެވެ. ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން عاد ބާގައިގެމީހުން އެމީހުންގެ ربّ އަށް ކާފަރުވީއެވެ. ދަންނާށެވެ! عاد ބާގައިގެމީހުން (ހެޔޮކަމާއި ﷲ ގެ رحمة އާއި) ދުރުވެގެންވެއެވެ. އެއީ هُودُ عليه السّلام ގެ قوم ގެ މީހުންނެވެ.
Verse 61
۞ وَإِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا ۚ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ هُوَ أَنشَأَكُم مِّنَ ٱلْأَرْضِ وَٱسْتَعْمَرَكُمْ فِيهَا فَٱسْتَغْفِرُوهُ ثُمَّ تُوبُوٓا۟ إِلَيْهِ ۚ إِنَّ رَبِّى قَرِيبٌ مُّجِيبٌ
Transliteration wa-ilā thamūda akhāhum ṣāliḥan qāla yāqawmi uʿ'budū l-laha mā lakum min ilāhin ghayruhu huwa ansha-akum mina l-arḍi wa-is'taʿmarakum fīhā fa-is'taghfirūhu thumma tūbū ilayhi inna rabbī qarībun mujībun
Dhivehi އަދި ثمود ބާގައިގެމީހުންގެ ގާތަށް رسول ކަމާއިގެން އެމީހުންގެ أخ صالح (عليه السّلام) ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި (حقّ) އެހެން އެއްވެސް إله އެއް ކަލޭމެންނަކަށް ނުވެއެވެ. އެކަލާނގެއީ ބިމުން ކަލޭމެން ހައްދަވަން ފެއްޓެވި ކަލާނގެއެވެ. (އެބަހީ: ކަލޭމެންގެ ބަފައިކަލުން ކަމުގައިވާ آدم عليه عليه السّلام ހެއްދެވީ ބިމުގެ ވެލިންނެވެ.) އަދި އެކަލާނގެ ކަލޭމެން އެބިމުގައި ވަޒަންވެރިކުރުވިއެވެ. ފަހެ ކަލޭމެން އެކަލާނގެ حضرة ގައި ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ! ދެން އެކަލާނގެއަށް ކަލޭމެން رجوع ވެ توبة ވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އެއީ ކުއްތަންވެވޮޑިގެންވާ އަދި دعاء އިޖާބަކުރައްވާ ކަލާނގެއެވެ.
Verse 62
قَالُوا۟ يَـٰصَـٰلِحُ قَدْ كُنتَ فِينَا مَرْجُوًّا قَبْلَ هَـٰذَآ ۖ أَتَنْهَىٰنَآ أَن نَّعْبُدَ مَا يَعْبُدُ ءَابَآؤُنَا وَإِنَّنَا لَفِى شَكٍّ مِّمَّا تَدْعُونَآ إِلَيْهِ مُرِيبٍ
Transliteration qālū yāṣāliḥu qad kunta fīnā marjuwwan qabla hādhā atanhānā an naʿbuda mā yaʿbudu ābāunā wa-innanā lafī shakkin mimmā tadʿūnā ilayhi murībin
Dhivehi އެމީހުން ދެންނެވިއެވެ. އޭ صالح ގެފާނެވެ! ހަމަކަށަވަރުން ކަލޭގެފާނުވީ މީގެކުރީގައި އަހުރެމެންގެ ތެރޭގައި އެދެވިގެންވާ مقبول މީހަކުކަމުގައެވެ. މިހާރު އަހުރެމެންގެ ކާބަފައިން އެއެއްޗަކަށް އަޅުކަންކުރި އެއްޗެއްސަށް އަހުރެމެން އަޅުކަންކުރުން މަނާކުރައްވަނީތޯއެވެ؟ ހަމަކަށަވަރުން އެކަމަކަށް ކަލޭގެފާނު އަހުރެމެންނަށް ތިޔަގޮވާލައްވާ ކަންތަކާމެދު އަހުރެމެން މިވަނީ ކަނޑައެޅިގެން ޝައްކެއްގައެވެ. ޝައްކުކުރާ ބަޔަކު ކަމުގައި ވެގެންނެވެ.
Verse 63
قَالَ يَـٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَءَاتَىٰنِى مِنْهُ رَحْمَةً فَمَن يَنصُرُنِى مِنَ ٱللَّهِ إِنْ عَصَيْتُهُۥ ۖ فَمَا تَزِيدُونَنِى غَيْرَ تَخْسِيرٍ
Transliteration qāla yāqawmi ara-aytum in kuntu ʿalā bayyinatin min rabbī waātānī min'hu raḥmatan faman yanṣurunī mina l-lahi in ʿaṣaytuhu famā tazīdūnanī ghayra takhsīrin
Dhivehi އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ނިކަން خبر ދީބަލާށެވެ! ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ން ކަނޑައެޅި بيان ވެގެންވާ دليل އެއްގެމަތީގައިވެފައި އަދި އެކަލާނގެ حضرة ން ތިމަންކަލޭގެފާނަށް رحمة އެއް އަތުވެއްޖެއްޔާ (އެބަހީ: نبي ކަމާއި حكمة އާއި إسلام ދީން އައުމަށްފަހު) ދެން ތިމަންކަލޭގެފާނު އެކަލާނގެއަށް އުރެދިއްޖެއްޔާ ﷲ ގެ حضرة ން ތިމަންކަލޭގެފާނަށް نصر ދޭނީ ކާކުހެއްޔެވެ؟ (އެބަހީ: އެކަލާނގެ ތިމަންކަލޭގެފާނަށް عقوبة އެއް ފޮނުއްވައިފިއްޔާ އެކަން دفاع ކޮށް نصر ދޭނީ ކާކުހެއްޔެވެ؟) އެހެންވެއްޖެއްޔާ ގެއްލުމާ ހަލާކުމެނުވީ ކަލޭމެން ތިމަންކަލޭގެފާނަށް އިތުރު ނުކޮށްދެއެވެ.
Verse 64
وَيَـٰقَوْمِ هَـٰذِهِۦ نَاقَةُ ٱللَّهِ لَكُمْ ءَايَةً فَذَرُوهَا تَأْكُلْ فِىٓ أَرْضِ ٱللَّهِ وَلَا تَمَسُّوهَا بِسُوٓءٍ فَيَأْخُذَكُمْ عَذَابٌ قَرِيبٌ
Transliteration wayāqawmi hādhihi nāqatu l-lahi lakum āyatan fadharūhā takul fī arḍi l-lahi walā tamassūhā bisūin fayakhudhakum ʿadhābun qarībun
Dhivehi އަދި އޭ ތިމަންކަލޭގެފާނު قوم އެވެ! (ތިމަންކަލޭގެފާނު މިދައްކަވާ ވާހަކަ ތެދުކަމުގެމައްޗަށް) ކަލޭމެނަށްވާ حجّة އެއްކަމުގައި މިއޮތީ ﷲ ގެ ޖަމަލުފުޅެވެ. ފަހެ ބިމުން ކައިބޮއި ހަދަން ކަލޭމެން އޭތި ދޫކޮށްލާށެވެ! އަދި އެއަށް އެއްވެސް ނުބައިކަމެއް ނުކުރާށެވެ! ކަލޭމެން އެއަށް ގޯނާއެއް ނުކުރާށެވެ! އެހެންވެއްޖެކަމަށްވަންޏާ ކަލޭމެނަށް ދާދިގާތުން عذاب އަތުވެދާނެއެވެ.
Verse 65
فَعَقَرُوهَا فَقَالَ تَمَتَّعُوا۟ فِى دَارِكُمْ ثَلَـٰثَةَ أَيَّامٍ ۖ ذَٰلِكَ وَعْدٌ غَيْرُ مَكْذُوبٍ
Transliteration faʿaqarūhā faqāla tamattaʿū fī dārikum thalāthata ayyāmin dhālika waʿdun ghayru makdhūbin
Dhivehi ފަހެ އެމީހުން އޭގެ މޮއްގަނޑުކަނޑައި އޭތި މަރައިފިއެވެ. ދެންފަހެ އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. ކަލޭމެން، ކަލޭމެން ގޯތިތަކުގައި ތިންދުވަސްވާންދެން އަރާމުކޮށް މަޖާނަގާށެވެ! (ދެން އޭގެފަހުގައި ކަލޭމެންގެމައްޗަށް عذاب އަތުވެދާނެއެވެ.) އެއީ ދޮގުވެވިގެން ނުވާ وعد އެކެވެ.
Verse 66
فَلَمَّا جَآءَ أَمْرُنَا نَجَّيْنَا صَـٰلِحًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَمِنْ خِزْىِ يَوْمِئِذٍ ۗ إِنَّ رَبَّكَ هُوَ ٱلْقَوِىُّ ٱلْعَزِيزُ
Transliteration falammā jāa amrunā najjaynā ṣāliḥan wa-alladhīna āmanū maʿahu biraḥmatin minnā wamin khiz'yi yawmi-idhin inna rabbaka huwa l-qawiyu l-ʿazīzu
Dhivehi ދެންފަހެ ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދުން (އެބަހީ: އެ قوم ގެމީހުންނަށް عذاب އައިހިނދުން) ތިމަންރަސްކަލާނގެ صالح (عليه السّلام) ސަލާމަތްކުރެއްވީމެވެ. އަދި އެކަލޭގެފާނުންގެ އަރިހުގައި إيمان ވެގެންތިބި މީހުންވެސް ސަލާމަތްކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެކެވެ. އަދި އެދުވަހުގެ އެނިކަމެތިކަމާއި ދެރަކަމުން ތިމަންރަސްކަލާނގެ އެމީހުން ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ (ދަންނައެވެ!) އެކަލާނގެއީ ގަދަފަދަވަންތަ عزّة ވަންތަ ކަލާނގެއެވެ.
Verse 67
وَأَخَذَ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَـٰرِهِمْ جَـٰثِمِينَ
Transliteration wa-akhadha alladhīna ẓalamū l-ṣayḥatu fa-aṣbaḥū fī diyārihim jāthimīna
Dhivehi އަދި ގަދައަޑުފަށްގަނޑެއް އައިސް އެމީހުން ހަލާކުވީއެވެ. (އެބަހީ: އެމީހުންނަށް އައި ގަދައަޑުފަށުގެ ސަބަބުން އެމީހުން މަރުވެއްޖެއެވެ.) އެމީހުންގެ ގޯތިތަކުގައި މަރުވެގެން ބިމަށްވެރިފައިވާ حال އެމީހުން ފަތިސްކޮށްފިއެވެ. އެމީހުން މަރުވެދިޔައީއެވެ.
Verse 68
كَأَن لَّمْ يَغْنَوْا۟ فِيهَآ ۗ أَلَآ إِنَّ ثَمُودَا۟ كَفَرُوا۟ رَبَّهُمْ ۗ أَلَا بُعْدًا لِّثَمُودَ
Transliteration ka-an lam yaghnaw fīhā alā inna thamūdā kafarū rabbahum alā buʿ'dan lithamūda
Dhivehi އެމީހުން ކޮންފަދަހެއްޔެވެ؟ އެމީހުން އެތާ ދިރިނުއުޅޭފަދައެވެ. ދަންނާށެވެ! ހަމަކަށަވަރުން ثمود ބާގައިގެމީހުން އެމީހުންގެ ربّ އަށް ކާފަރުވީއެވެ. ދަންނާށެވެ! ثمود ބާގައިގެމީހުންނަށް (ﷲ ގެ رحمة) ދުރުވެގެންވެއެވެ.
Verse 69
وَلَقَدْ جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوا۟ سَلَـٰمًا ۖ قَالَ سَلَـٰمٌ ۖ فَمَا لَبِثَ أَن جَآءَ بِعِجْلٍ حَنِيذٍ
Transliteration walaqad jāat rusulunā ib'rāhīma bil-bush'rā qālū salāman qāla salāmun famā labitha an jāa biʿij'lin ḥanīdhin
Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފޮނުއްވި رسول ން އެބަހީ: ملائكة ބޭކަލުން - إبراهيم عليه السّلام ގެ އަރިހަށް އުފާވެރި خبر އާއިގެން ވަޑައިގެންފިއެވެ. އަދި އެބޭކަލުން ކަނޑައެޅިގެންވާ سلام އަކުން ސަލާމް ކުރެއްވިއެވެ. އަދި އެކަލޭގެފާނު އެބޭކަލުންނަށް ސަލާމްކުރެއްވިއެވެ. ދެންފަހެ ލަސްވެވަޑައިނުގަންނަވައި ފިހެފައިވާ ޅަގެރިޔަކާއިގެން إبراهيم (عليه السّلام) ވަޑައިގެންފިއެވެ. (އެކަލޭގެފާނު ހީފުޅުކުރެއްވީ އިންސާނުންގެ ތެރެއިންވާ مهمان ންކަމަށެވެ. އެހެންވެ مهمان ންނަށް ފަރީކޮޅެއް ގެންނެވީއެވެ.)
Verse 70
فَلَمَّا رَءَآ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً ۚ قَالُوا۟ لَا تَخَفْ إِنَّآ أُرْسِلْنَآ إِلَىٰ قَوْمِ لُوطٍ
Transliteration falammā raā aydiyahum lā taṣilu ilayhi nakirahum wa-awjasa min'hum khīfatan qālū lā takhaf innā ur'sil'nā ilā qawmi lūṭin
Dhivehi ދެންފަހެ (ފަރީކުޅުއްވާން ދެންނެވުމުން) އެބޭކަލުންގެ އަތްޕުޅު އެފަރީކޮޅާދިމާއަށް واصل ނުވީތީ (އެބަހީ: އެބޭކަލުން ފަރީނުކުޅުއްވީމާ) އެބޭކަލުންނާއިމެދު ރުހިވަޑައި ނުގަންނަވާކަހަލަ ގޮތެއްވެ އެބޭކަލުންގެ ފަރާތުން އެކަލޭގެފާނަށް ބިރުފުޅުގެން ވަޑައިގަތުމެއް إحساس ވެވަޑައިގެންފިއެވެ. (އެހެނީ އަންނަ مهمان އަކަށް ކާބޯއެއްޗެއް ތައްޔާރު ކުރުމުން مهمان އެއިން ނުކައިފިނަމަ ބެލެވެނީ އެ مهمان އެއައީ ކޮންމެވެސް ނުބައެއް قصد ކޮށްގެންނެވެ. އެއިން ކައިބޮއިހަދައިފިނަމަ ބެލެވެނީ އޭނާގެ ކިބައިގައި ނުބައެއް ނެތްކަމަށެވެ.) ދެންފަހެ އެ ملائكة ބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ! ތިމަންބޭކަލުން ފޮނުއްވިގެންވަނީ لوط قوم އަށެވެ. (އެ قوم ހަލާކު ކުރެއްވުމަށެވެ.)
Verse 71
وَٱمْرَأَتُهُۥ قَآئِمَةٌ فَضَحِكَتْ فَبَشَّرْنَـٰهَا بِإِسْحَـٰقَ وَمِن وَرَآءِ إِسْحَـٰقَ يَعْقُوبَ
Transliteration wa-im'ra-atuhu qāimatun faḍaḥikat fabasharnāhā bi-is'ḥāqa wamin warāi is'ḥāqa yaʿqūba
Dhivehi އަދި އެކަލޭގެފާނުންގެ އަނބިކަނބަލުން ކޮޅަށް ހުންނެވިއެވެ. އަދި ހިނިފުޅުވެޑުވިއެވެ. އަދި إسحاق (عليه السّلام) އެކަމަނާއަށް ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ އެކަމަނާއަށް ދެއްވީމެވެ. އަދި إسحاق ގެފަހުން (މާމަދަރިކަލެއްކަމުގައި) يعقوب (عليه السّلام) ލިބިވަޑައިގަންނަވާނެކަމުގައެވެ.
Verse 72
قَالَتْ يَـٰوَيْلَتَىٰٓ ءَأَلِدُ وَأَنَا۠ عَجُوزٌ وَهَـٰذَا بَعْلِى شَيْخًا ۖ إِنَّ هَـٰذَا لَشَىْءٌ عَجِيبٌ
Transliteration qālat yāwaylatā a-alidu wa-anā ʿajūzun wahādhā baʿlī shaykhan inna hādhā lashayon ʿajībun
Dhivehi އެކަމަނާ ވިދާޅުވިއެވެ. އޭހުރި عجائب އެއްގެ ބޮޑުކަމާއެވެ! ތިމަންކަމަނާ މިއިނީ މުސްކުޅިވެ عجوز ވެފައެވެ. ތިމަންކަމަނާ ދެން ވިހާނެހެއްޔެވެ؟ އަދި މިއިންނެވީ ތިމަންކަމަނާގެ ފިރިކަލުންނެވެ. އެއީވެސް މުސްކުޅި ބޭކަލެކެވެ. (ބުނެވެނީ އޭރު އެކަމަނާގެ عمر ފުޅު 99 އަހަރުކަމުގައެވެ. އަދި إبراهيم (عليه السّلام) ގެ عمر ފުޅު 100 އަހަރުކަމުގައެވެ. = تفسير الطبري = ) އެކަމަނާ ވިދާޅުވިއެވެ. ތިޔަކަމަކީ عجائب ކަމެކެވެ.
Verse 73
قَالُوٓا۟ أَتَعْجَبِينَ مِنْ أَمْرِ ٱللَّهِ ۖ رَحْمَتُ ٱللَّهِ وَبَرَكَـٰتُهُۥ عَلَيْكُمْ أَهْلَ ٱلْبَيْتِ ۚ إِنَّهُۥ حَمِيدٌ مَّجِيدٌ
Transliteration qālū ataʿjabīna min amri l-lahi raḥmatu l-lahi wabarakātuhu ʿalaykum ahla l-bayti innahu ḥamīdun majīdun
Dhivehi އެބޭކަލުން يعني: މަލާއިކަތްބޭކަލުން ވިދާޅުވިއެވެ. ﷲ ގެ ނިޔާފުޅާމެދު ކަމަނާ عجائب ވެވަޑައިގަންނަވަނީތޯއެވެ؟ އޭ (إبراهيم ގެފާނުގެ) ގޭގެ أهل ވެރިންނޭވެ. އެއީ ތިޔަބޭފުޅު ންގެ މައްޗަށްވާ ﷲ ގެرحمة އާއި އެކަލާނގެ بركاة އެވެ. ހަމަކަށަވަރުން އެކަލާނގެއީ حمد ލިބިވޮޑިގެންވާ އަދި مدح އާއި ثناء އާއި މާތްކަމުގެ ވެރި ކަލާނގެއެވެ.
Verse 74
فَلَمَّا ذَهَبَ عَنْ إِبْرَٰهِيمَ ٱلرَّوْعُ وَجَآءَتْهُ ٱلْبُشْرَىٰ يُجَـٰدِلُنَا فِى قَوْمِ لُوطٍ
Transliteration falammā dhahaba ʿan ib'rāhīma l-rawʿu wajāathu l-bush'rā yujādilunā fī qawmi lūṭin
Dhivehi ދެންފަހެ إبراهيم عليه السّلام ގެ ކިބަފުޅުން ބިރުފުޅު ފިލައިގެންދިޔަހިނދުން އަދި އެކަލޭގެފާނަށް إسحاق (عليه السّلام) ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ލިބިވަޑައިގަތުމަށްފަހު ދެން އެކަލޭގެފާނު لوط عليه السّلام ގެ قوم ގެ دفاع ގައި އެބޭކަލުންނާ ވާހަކަފުޅުދައްކަވައި جدل ކުރެއްވިއެވެ.
Verse 75
إِنَّ إِبْرَٰهِيمَ لَحَلِيمٌ أَوَّٰهٌ مُّنِيبٌ
Transliteration inna ib'rāhīma laḥalīmun awwāhun munībun
Dhivehi ހަމަކަށަވަރުން إبراهيم عليه السّلام އަކީ ކޯފާމަޑު ﷲ އަށް ކިޔަމަންތެރި އަދި ﷲ އަށް توبة ވެވަޑައިގަންނަވާ ބޭކަލެކެވެ.
Verse 76
يَـٰٓإِبْرَٰهِيمُ أَعْرِضْ عَنْ هَـٰذَآ ۖ إِنَّهُۥ قَدْ جَآءَ أَمْرُ رَبِّكَ ۖ وَإِنَّهُمْ ءَاتِيهِمْ عَذَابٌ غَيْرُ مَرْدُودٍ
Transliteration yāib'rāhīmu aʿriḍ ʿan hādhā innahu qad jāa amru rabbika wa-innahum ātīhim ʿadhābun ghayru mardūdin
Dhivehi (މަލާއިކަތްބޭކަލުން ވިދާޅުވިއެވެ.) އޭ إبراهيم (عليه السّلام) އެވެ. ކަލޭގެފާނު މިކަންތަކުން ދުރުވެވަޑައި ގަންނަވާށެވެ! (އެބަހީ: لُوْطُ قَوم دِفاَعُ ކުރެއްވުމަށް ނުއުޅުއްވާށެވެ!) ހަމަކަށަވަރުން ކަލޭގެފާނުން ربّ ގެ أمر ފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން دفاع ނުކުރެވޭނޭ عذاب އެއް އެމީހުންނަށް އަންނަހުއްޓެވެ.
Verse 77
وَلَمَّا جَآءَتْ رُسُلُنَا لُوطًا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالَ هَـٰذَا يَوْمٌ عَصِيبٌ
Transliteration walammā jāat rusulunā lūṭan sīa bihim waḍāqa bihim dharʿan waqāla hādhā yawmun ʿaṣībun
Dhivehi އަދި ތިމަންރަސްކަލާނގެ ފޮނުއްވި މަލާއިކަތްބޭކަލުން لُوط (عليه السّلام) ގެ އަރިހަށް ވަޑައިގެންނެވިހިނދުން އެބޭކަލުންނާމެދު އެކަލޭގެފާނު (މޫޑު) ނުބައިވެއްޖެއެވެ. އަދި އެބޭކަލުންނާމެދު ހިތާމަފުޅުން އެކަލޭގެފާނުންގެ ހިތްޕުޅު ދަތިވެއްޖެއެވެ. (އެބޭކަލުން ރީތި ފިރިހެނުންގެ ސިފައިގައި ތިއްބެވުމާއި އަދި އެކަލޭގެފާނުންގެ قوم ގެމީހުންގެ ކިބައިގައިވާ ފިރިހެނުންނާއެޅުމުގެ ވަބާގެ ސަބަބުންނެވެ. އަދި އެއީ މަލާއިކަތްބޭކަލުންކަން އަދި އޭރު އެނގިވަޑައިނުގަންނަވައެވެ.) އަދި އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދަކީ އުދަނގުލާ مصيبة ބޮޑުދުވަހެކެވެ. ނުބައިކަންބޮޑު ދުވަހެކެވެ.
Verse 78
وَجَآءَهُۥ قَوْمُهُۥ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا۟ يَعْمَلُونَ ٱلسَّيِّـَٔاتِ ۚ قَالَ يَـٰقَوْمِ هَـٰٓؤُلَآءِ بَنَاتِى هُنَّ أَطْهَرُ لَكُمْ ۖ فَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ فِى ضَيْفِىٓ ۖ أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ
Transliteration wajāahu qawmuhu yuh'raʿūna ilayhi wamin qablu kānū yaʿmalūna l-sayiāti qāla yāqawmi hāulāi banātī hunna aṭharu lakum fa-ittaqū l-laha walā tukh'zūni fī ḍayfī alaysa minkum rajulun rashīdun
Dhivehi އަދި އެކަލޭގެފާނުންގެ قوم ގެ މީހުން ހަރުގަންނަވާފައި އެކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ. (އެއީ އެކަލޭގެފާނުންގެ އަރިހުގައިތިބި މެހްމާނުންނަކީ ރީތި ފިރިހެނުންތަކެއްކަމަށް ހީކޮށެވެ.) އަދި މިއަދުގެ ކުރިންވެސް އެމީހުންވީ އެނުލަފާކަންތައް يعني: لِوَاطُ ކުރުން ހިންގާބަޔަކު ކަމުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! މިތިބީ ތިމަންގެ އަންހެން ދަރިންނެވެ. އެކުދިން ކަލޭމެންނަށް މާ طاهر ވާނެއެވެ. (قواعد ން އެކުދިންގެ ބޭނުންކުރާށެވެ!) ފަހެ ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އަދި ތިމަންކަލޭގެފާނުންގެ މެހުމާނުންނާއިމެދު ތިމަންކަލޭގެފާނު ދެރަކޮށް ނިކަމެތި ނުކޮށްލާށެވެ! ފަހެ ކަލޭމެންގެތެރޭގައި حقّ ދަންނަ ރަނގަޅަށް ތެދުމަގުގައިވާ އެކަކުވެސް ނެތީހެއްޔެވެ؟
Verse 79
قَالُوا۟ لَقَدْ عَلِمْتَ مَا لَنَا فِى بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ
Transliteration qālū laqad ʿalim'ta mā lanā fī banātika min ḥaqqin wa-innaka lataʿlamu mā nurīdu
Dhivehi އެމީހުން ދެންނެވިއެވެ. ކަލޭގެފާނުންގެ އަންހެންދަރިންނާމެދު އަހުރެމެންނަކަށް އެއްވެސް حقّ އެއް ނުވެއެވެ. އަދި ހަމަކަށަވަރުން އަހުރެމެން މިއެދޭ އެއްޗެއް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. (އަހުރެމެން އެދެނީ ފިރިހެނުންނެވެ.)
Verse 80
قَالَ لَوْ أَنَّ لِى بِكُمْ قُوَّةً أَوْ ءَاوِىٓ إِلَىٰ رُكْنٍ شَدِيدٍ
Transliteration qāla law anna lī bikum quwwatan aw āwī ilā ruk'nin shadīdin
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެމައްޗަށް ތިމަންކަލޭގެފާނަށް ބާރެއްދޭނޭ ބަޔަކުވާނޭނަމައެވެ. ނުވަތަ އެފަރާތަކުން ބާރުލިބިގަންނަން ދާނޭ ގާތްތިމާގެ ބަޔަކު ތިމަންކަލޭގެފާނަށް ވާނޭނަމައެވެ.
Verse 81
قَالُوا۟ يَـٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓا۟ إِلَيْكَ ۖ فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ ٱلَّيْلِ وَلَا يَلْتَفِتْ مِنكُمْ أَحَدٌ إِلَّا ٱمْرَأَتَكَ ۖ إِنَّهُۥ مُصِيبُهَا مَآ أَصَابَهُمْ ۚ إِنَّ مَوْعِدَهُمُ ٱلصُّبْحُ ۚ أَلَيْسَ ٱلصُّبْحُ بِقَرِيبٍ
Transliteration qālū yālūṭu innā rusulu rabbika lan yaṣilū ilayka fa-asri bi-ahlika biqiṭ'ʿin mina al-layli walā yaltafit minkum aḥadun illā im'ra-ataka innahu muṣībuhā mā aṣābahum inna mawʿidahumu l-ṣub'ḥu alaysa l-ṣub'ḥu biqarībin
Dhivehi އެބޭކަލުން يعني: މަލާއިކަތްބޭކަލުން ވިދާޅުވިއެވެ. އޭ لوط (عليه السّلام) އެވެ! ތިމަންބޭކަލުންނީ ކަލޭގެފާނުންގެ ربّ ފޮނުއްވާފައިވާ (މަލާއިކަތް) ބޭކަލުންނީމުއެވެ. އެމީހުންނަށް ކަލޭގެފާނާ ހަމައަކަށް ނުފޯރާނެއެވެ. އެބަހީ: ކަލޭގެފާނަށް އުނދަގޫ ނުކުރެވޭނެއެވެ. ފަހެ ކަލޭގެފާނު ކަލޭގެފާނުންގެ أهل ވެރިންނާއިގެން ރޭގަނޑުގެ ވަގުތެއްގައި ހިންގަވާފައި (މިރަށުން) ނުކުމެވަޑައިގަންނަވާށެވެ! އަދި ތިޔައިން އެކަކުވެސް އެނބުރި ފަހަތް ނުބަލާށެވެ! ކަލޭގެފާނުންގެ އަނބިކަނބަލުން މެނުވީއެވެ. ހަމަކަށަވަރުން އެމީހުންނަށް އެޖެހޭ عذاب އެއް އެކަމަނާއަށްވެސް ޖެހޭނެއެވެ. އެމީހުން ހަލާކުކުރެއްވުމަށް ކަނޑައެޅިގެންވާ ވަގުތަކީ ފަތިހެވެ. ފަތިސްގާތްކަމުގައި ނުވޭތޯއެވެ؟
Verse 82
فَلَمَّا جَآءَ أَمْرُنَا جَعَلْنَا عَـٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ
Transliteration falammā jāa amrunā jaʿalnā ʿāliyahā sāfilahā wa-amṭarnā ʿalayhā ḥijāratan min sijjīlin manḍūdin
Dhivehi ދެން ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދުން އެބަހީ: އެމީހުންނަށް عذاب އައުމަށް ކަނޑައެޅިގެންވާ ވަގުތު އައުމުން ތިމަންރަސްކަލާނގެ އެރަށުގެ މަތީފުށް ދަށަށް ލެއްވީމެވެ. (ބަންޑުން ޖެއްސެވީމެވެ.) އަދި އެއްވަނަ އުޑުން ވެއްސެވި ހޫނުހިލަ ވާރޭ އެރަށުގެ މައްޗަށް ވެއްސެވީމެވެ. އެއްހިލަކޮޅަށްފަހު އަނެއްހިލަކޮޅެއް ވެއްޓޭގޮތަށެވެ. މަތިމައްޗަށްވެހޭ ގޮތަށެވެ.
Verse 83
مُّسَوَّمَةً عِندَ رَبِّكَ ۖ وَمَا هِىَ مِنَ ٱلظَّـٰلِمِينَ بِبَعِيدٍ
Transliteration musawwamatan ʿinda rabbika wamā hiya mina l-ẓālimīna bibaʿīdin
Dhivehi (އެހިލަކޮޅުތައްވަނީ) ކަލޭގެފާނުންގެ ربّ ގެ حضرة ގައި ފާހަގަލެވި ސިއްކަޖެހިގެންނެވެ. (އެއިން ކޮންމެ ހިލަޔަކުން ޖެހެވެންވީ މީހަކު ފާހަގަކުރެވިގެންނެވެ.) އަދި އެރަށް މިމުޝްރިކުންނާއި (އެބަހީ: مكّة ގެ أهل ވެރިންނާއި) ދުރުވެގެންވާ ރަށެއްކަމުގައި ނުވެއެވެ.
Verse 84
۞ وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۚ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ وَلَا تَنقُصُوا۟ ٱلْمِكْيَالَ وَٱلْمِيزَانَ ۚ إِنِّىٓ أَرَىٰكُم بِخَيْرٍ وَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ مُّحِيطٍ
Transliteration wa-ilā madyana akhāhum shuʿayban qāla yāqawmi uʿ'budū l-laha mā lakum min ilāhin ghayruhu walā tanquṣū l-mik'yāla wal-mīzāna innī arākum bikhayrin wa-innī akhāfu ʿalaykum ʿadhāba yawmin muḥīṭin
Dhivehi އަދި مدين ގެ أهل ވެރިންގެގާތަށް އެމީހުންގެ أخ شعيب (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ނޫން (حقّ) އެހެންއެއްވެސް إله އެއް ކަލޭމެނަކަށް ނުވެއެވެ. ކަލޭމެން މިނެކިރުން އުނި ނުކުރާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވާގޮތުގައި ކަލޭމެންވަނީ ހަމަ ހެވެއްގައެވެ. އެބަހީ: ތަނަވަސްކަމާއި މުއްސަނދިކަމުގައެވެ. އަދި ކަލޭމެންގެމައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަނީ عذاب ވަށައިލެވިގެންވާ ދުވަހެއްގެ عذاب އަށެވެ.
Verse 85
وَيَـٰقَوْمِ أَوْفُوا۟ ٱلْمِكْيَالَ وَٱلْمِيزَانَ بِٱلْقِسْطِ ۖ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ
Transliteration wayāqawmi awfū l-mik'yāla wal-mīzāna bil-qis'ṭi walā tabkhasū l-nāsa ashyāahum walā taʿthaw fī l-arḍi muf'sidīna
Dhivehi އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން މިނެކިރުން ހަމަހަމަކޮށް عدل إنصاف ކުރާށެވެ. އަދި (މިނެކިރާފައި) މީހުންނަށްދޭ އެމީހުންގެ ތަކެތި މަދުނުކުރާށެވެ! އަދި ބިމުގައި ފަސާދަކުރާ حال ބިމުގައި އުރެދެމުން ނުހިނގާށެވެ!
Verse 86
بَقِيَّتُ ٱللَّهِ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ۚ وَمَآ أَنَا۠ عَلَيْكُم بِحَفِيظٍ
Transliteration baqiyyatu l-lahi khayrun lakum in kuntum mu'minīna wamā anā ʿalaykum biḥafīẓin
Dhivehi ﷲ ކަލޭމެނަށް ބާކީކޮށްދެއްވި އެއްޗަށް (އެބަހީ: މީހުންގެ حقّ މަދުނުކޮށް ދިނީމާ ދެންހުރި އެއްޗެއް) ކަލޭމެނަށް ހެޔޮވެގެންވެއެވެ. ކަލޭމެނަކީ مؤمن ންކަމުގައިވަންޏާ އެގޮތް މާރަނގަޅެވެ. އަދި ކަލޭމެންގެމައްޗަށް ފާރަލާ މީހަކުކަމުގައި ތިމަންކަލޭގެފާނު ނުވަމުއެވެ.
Verse 87
قَالُوا۟ يَـٰشُعَيْبُ أَصَلَوٰتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ ءَابَآؤُنَآ أَوْ أَن نَّفْعَلَ فِىٓ أَمْوَٰلِنَا مَا نَشَـٰٓؤُا۟ ۖ إِنَّكَ لَأَنتَ ٱلْحَلِيمُ ٱلرَّشِيدُ
Transliteration qālū yāshuʿaybu aṣalatuka tamuruka an natruka mā yaʿbudu ābāunā aw an nafʿala fī amwālinā mā nashāu innaka la-anta l-ḥalīmu l-rashīdu
Dhivehi އެމީހުން ދެންނެވިއެވެ. އޭ شُعَيْبُ އެވެ! އަހުރެމެން އަހުރެމެންގެ ކާބަފައިން އަޅުކަންކުރި ތަކެއްޗަށް އަޅުކަންކުރުން ދޫރުކުމަށާއި އަހުރެމެންގެ މުދަލުގައި އަހުރެމެން ބޭނުންގޮތެއް ހެދުން ދޫކޮށްލުމަށް ކަލޭގެފާނުންގެ ނަމާދު ކަލޭގެފާނަށް أمر ކުރައްވަނީތޯއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ ކޯފާ މަޑު އަދި ތެދުމަގުގައިވާ ބޭކަލަކުކަން يقين އެވެ. (މިއީ އެމީހުން އެކަލޭގެފާނަށް މަލާމާތްކުރުމުގެގޮތުން ބުނާ ބުނުމެކެވެ.)
Verse 88
قَالَ يَـٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَرَزَقَنِى مِنْهُ رِزْقًا حَسَنًا ۚ وَمَآ أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَآ أَنْهَىٰكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا ٱلْإِصْلَـٰحَ مَا ٱسْتَطَعْتُ ۚ وَمَا تَوْفِيقِىٓ إِلَّا بِٱللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
Transliteration qāla yāqawmi ara-aytum in kuntu ʿalā bayyinatin min rabbī warazaqanī min'hu riz'qan ḥasanan wamā urīdu an ukhālifakum ilā mā anhākum ʿanhu in urīdu illā l-iṣ'lāḥa mā is'taṭaʿtu wamā tawfīqī illā bil-lahi ʿalayhi tawakkaltu wa-ilayhi unību
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ކަލޭމެން ނިކަން ބުނެބަލާށެވެ! ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ން ތިމަންކަލޭގެފާނު بيان އާއި حجّة ގެމަތީގައި ވެފައި އަދި އެކަލާނގެ ތިމަންކަލޭގެފާނަށް ރަނގަޅު ރިޒުގުދެއްވިކަމުގައިވަންޏާވެސް (ކަލޭމެން ބުނާނީ ތިޔަހެންހެއްޔެވެ؟) އަދި ތިމަންކަލޭގެފާނު އެކަންކަމުން ކަލޭމެނަށް މަނާކޮށް ނަހީކުރެއްވި ކަންތަކާއި ތިމަންކަލޭގެފާނު ކަލޭމެންނާއި خلاف ނުވާނަމެވެ. خلاف ވާކަށް ނޭދެމެވެ. ކަލޭމެން إصلاح ކުރުމަށްމެނުވީ ތިމަންކަލޭގެފާނުން އެދިވަޑައި ނުގަންނަވަމުއެވެ. އެއީ ތިމަންކަލޭގެފާނަށް ކުޅަދާނަވީހާ ވަރަކަށެވެ. އަދި ތިމަންކަލޭގެފާނަށް توفيق ލިބުން ހަމަ ﷲ ގެ حضرة ންމެނުވީ ނުވެއެވެ. ތިމަންކަލޭގެފާނު وكيل ކުރަނީ ހަމަ ﷲ އަށެވެ. އަދި ތިމަންކަލޭގެފާނު رجوع ވެ توبة ވަނީ ހަމައެކަލާނގެ حضرة އަށެވެ.
Verse 89
وَيَـٰقَوْمِ لَا يَجْرِمَنَّكُمْ شِقَاقِىٓ أَن يُصِيبَكُم مِّثْلُ مَآ أَصَابَ قَوْمَ نُوحٍ أَوْ قَوْمَ هُودٍ أَوْ قَوْمَ صَـٰلِحٍ ۚ وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ
Transliteration wayāqawmi lā yajrimannakum shiqāqī an yuṣībakum mith'lu mā aṣāba qawma nūḥin aw qawma hūdin aw qawma ṣāliḥin wamā qawmu lūṭin minkum bibaʿīdin
Dhivehi އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ތިމަންކަލޭގެފާނުންގެމައްޗަށް ކަލޭމެންގެ ކިބައިގައިވާ ދެކޮޅުވެރިކަން އެއީ نوح عليه السّلام ގެ قوم އަށް ނުވަތަ هود عليه السّلام ގެ قوم އަށް ނުވަތަ صالح عليه السّلام ގެ قوم އަށް ދިމާވިފަދަ ކަންތައް (އެފަދަ عذاب) ކަލޭމެނަށް ޖެހިދާނޭ ސަބަބަކަށް ކަލޭމެން ނުހަދާށެވެ! އަދި لوط عليه السّلام ގެ قوم (އެބަހީ: އެ قوم ގެ تاريخ) އަދި ކަލޭމެނާ ދުރުވެގެންނުވެއެވެ.
Verse 90
وَٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ ۚ إِنَّ رَبِّى رَحِيمٌ وَدُودٌ
Transliteration wa-is'taghfirū rabbakum thumma tūbū ilayhi inna rabbī raḥīmun wadūdun
Dhivehi އަދި ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ގައި ފާފަފުއްސެވުމަށް އެދިދަންނަވާށެވެ! ދެން އެކަލާނގެ حضرة އަށް توبة ވެ رجوع ވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އެއީ رحمة ލެއްވުންބޮޑު އަދި توبة ވާ އަޅުންނަށް ނުހަނު ލޯބިވެވޮޑިގަންނަވާ ކަލާނގެއެވެ.
Verse 91
قَالُوا۟ يَـٰشُعَيْبُ مَا نَفْقَهُ كَثِيرًا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفًا ۖ وَلَوْلَا رَهْطُكَ لَرَجَمْنَـٰكَ ۖ وَمَآ أَنتَ عَلَيْنَا بِعَزِيزٍ
Transliteration qālū yāshuʿaybu mā nafqahu kathīran mimmā taqūlu wa-innā lanarāka fīnā ḍaʿīfan walawlā rahṭuka larajamnāka wamā anta ʿalaynā biʿazīzin
Dhivehi އެމީހުން ދެންނެވިއެވެ. އޭ شُعَيْبُ އެވެ! ކަލޭގެފާނު ވިދާޅުވާ ގިނަތަކެތި އަހުރެމެންނަށް ނުވިސްނެއެވެ. (އޭގެ حقيقة އެއް ނޭނގެއެވެ.) އަދި އަހުރެމެން ދެކެނީ ކަލޭގެފާނަކީ އަހުރެމެންގެތެރޭގައި ضعيف ބޭކަލަކު ކަމުގައެވެ. ދެރަނިކަމެތި މީހަކުކަމުގައެވެ. އަދި ކަލޭގެފާނުންގެ جماعة ނުވާނަމަ (ނުވަތަ ގާތްތިމާގެމީހުން ނުވާނަމަ) އަހުރެމެން ކަލޭގެފާނު رَجَم ކޮށްފީމުހެވެ. ގަލުން ތަޅާމަރައިފީމުހެވެ. އަދި ކަލޭގެފާނީ އަހުރެމެންނަށް عزّة ތެރި ބޭކަލަކުކަމުގައި ނުވެއެވެ. ބާރުހުރި ބޭކަލަކު ކަމުގައި ނުވެއެވެ.
Verse 92
قَالَ يَـٰقَوْمِ أَرَهْطِىٓ أَعَزُّ عَلَيْكُم مِّنَ ٱللَّهِ وَٱتَّخَذْتُمُوهُ وَرَآءَكُمْ ظِهْرِيًّا ۖ إِنَّ رَبِّى بِمَا تَعْمَلُونَ مُحِيطٌ
Transliteration qāla yāqawmi arahṭī aʿazzu ʿalaykum mina l-lahi wa-ittakhadhtumūhu warāakum ẓih'riyyan inna rabbī bimā taʿmalūna muḥīṭun
Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުންގެ قوم ގެ މީހުންނޭވެ! ތިމަންކަލޭގެފާނުންގެ ގާތްމީހުން (ނުވަތަ جماعة) ކަލޭމެންގެގާތުގައި ﷲ އަށްވުރެ عزّة ތެރިވެފައި ބާރުގަދައީހެއްޔެވެ؟ އަދި އެކަލާނގެ ކަލޭމެންގެ ފުރަގަހަށްލީހެއްޔެވެ؟ ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ ކަލޭމެން ކުރާހާކަމެއްގެ ވަށައިގެންވެއެވެ. އެބަހީ: އެކަލާނގެ ހުރިހާކަމެއް ދެނެވޮޑިގެންވެއެވެ.
Verse 93
وَيَـٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَـٰمِلٌ ۖ سَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَمَنْ هُوَ كَـٰذِبٌ ۖ وَٱرْتَقِبُوٓا۟ إِنِّى مَعَكُمْ رَقِيبٌ
Transliteration wayāqawmi iʿ'malū ʿalā makānatikum innī ʿāmilun sawfa taʿlamūna man yatīhi ʿadhābun yukh'zīhi waman huwa kādhibun wa-ir'taqibū innī maʿakum raqībun
Dhivehi އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ކަލޭމެނަށް ކުރެވޭކަމެއް ކަލޭމެންގެ ގޮތުގައި ތިބެގެން ކުރާށެވެ! އަދި ތިމަންކަލޭގެފާނުވެސް عمل ކުރާހުރީމެވެ. ފަހެ އެމީހަކަށް އެމީހަކު ދެރަކޮށް ނިކަމެތިކޮށްލާފަދަ عذاب އެއް އަންނަހުރީ އެއީ ކާކަށްކަން ނިކަންހުރެ ކަލޭމެނަށް އެނގިދާނެއެވެ. އަދި ދޮގުވެރިޔަކީ ކާކުކަންވެސް އެނގިދާނެއެވެ. ފަހެ ކަލޭމެން إنتظار ކުރާށެވެ! ތިމަންކަލޭގެފާނަކީވެސް ކަލޭމެނާއެކު إنتظار ކޮށް ބަލާމީހަކީމެވެ.
Verse 94
وَلَمَّا جَآءَ أَمْرُنَا نَجَّيْنَا شُعَيْبًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَـٰرِهِمْ جَـٰثِمِينَ
Transliteration walammā jāa amrunā najjaynā shuʿayban wa-alladhīna āmanū maʿahu biraḥmatin minnā wa-akhadhati alladhīna ẓalamū l-ṣayḥatu fa-aṣbaḥū fī diyārihim jāthimīna
Dhivehi އަދި ތިމަންރަސްކަލާނގެ أمر ފުޅުއައިހިނދުން (އެބަހީ: އެ قوم ހަލާކުކުރެއްވުމުގެ ނިޔާފުޅުއައިހިނދުން ތިމަންރަސްކަލާނގެ شعيب عليه السّلام އާއި އަދި އެކަލޭގެފާނުންގެ އަރިހުގައި إيمان ވެގެންވާމީހުން ސަލާމަތްކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ خاصّ رحمة އެކެވެ. އަދި އަނިޔާވެރިވީ މީސްތަކުންނަށް - (مشرك ންނަށް) ގަދަ އަޑުފަށް އައިސްޖެހިއްޖެއެވެ. ދެންފަހެ އެމީހުން އެމީހުންގެ ގޯތިގެދޮރުގައި މަރުވެ ތަންޑާވެގެންވާ ބަޔަކުކަމުގައިވެއްޖެއެވެ.
Verse 95
كَأَن لَّمْ يَغْنَوْا۟ فِيهَآ ۗ أَلَا بُعْدًا لِّمَدْيَنَ كَمَا بَعِدَتْ ثَمُودُ
Transliteration ka-an lam yaghnaw fīhā alā buʿ'dan limadyana kamā baʿidat thamūdu
Dhivehi އެމީހުން ކޮންފަދަހެއްޔެވެ؟ އެމީހުން އެރަށުގައި ދިރިނުއުޅޭބަޔަކުފަދައެވެ. ދަންނާށެވެ! ثمود ބާގައިގެ މީހުންނަށް ﷲ ގެ رحمة ދުރުވެގެންވީފަދައިން مَدْيَن ގެ أهل ވެރިންނަށްވެސް ﷲ ގެ رحمة ދުރުވެގެންވެއެވެ.
Verse 96
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَا وَسُلْطَـٰنٍ مُّبِينٍ
Transliteration walaqad arsalnā mūsā biāyātinā wasul'ṭānin mubīnin
Dhivehi އަދި موسى عليه السّلام ތިމަންރަސްކަލާނގެ އާޔަތްތަކާއި އަދި (ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމަށް دليل ކުރާ) حجّة ތަކާއި دليل ތަކާއިއެކު ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ.
Verse 97
إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَٱتَّبَعُوٓا۟ أَمْرَ فِرْعَوْنَ ۖ وَمَآ أَمْرُ فِرْعَوْنَ بِرَشِيدٍ
Transliteration ilā fir'ʿawna wamala-ihi fa-ittabaʿū amra fir'ʿawna wamā amru fir'ʿawna birashīdin
Dhivehi އެއީ فرعون އާއި އޭނާގެ ބޮޑުންގެގާތަށެވެ. ފަހެ އެމީހުން تبع ވީ فرعون ގެ أمر އާއިއެވެ. (فرعون ވަނީ ﷲ އާއި موسى عليه السّلام ދޮގުކޮށްފައެވެ.) އަދި فرعون ގެ ކަންތައް ތެދުމަގާއި ހެޔޮކަމުގެތެރޭގައި ނުވެއެވެ.
Verse 98
يَقْدُمُ قَوْمَهُۥ يَوْمَ ٱلْقِيَـٰمَةِ فَأَوْرَدَهُمُ ٱلنَّارَ ۖ وَبِئْسَ ٱلْوِرْدُ ٱلْمَوْرُودُ
Transliteration yaqdumu qawmahu yawma l-qiyāmati fa-awradahumu l-nāra wabi'sa l-wir'du l-mawrūdu
Dhivehi އޭނާ އެބަހީ: فرعون އޭނާގެ قوم ގެ ކުރީގައި ހުރެ يعني: އިސްމީހަކަށްހުރެ އެމީހުން ނަރަކައަށް ވައްދާނެއެވެ. ފަހެ އޭނާ އެމީހުން އެވައްދާތަން ނުބައިވެގެންވެއެވެ.
Verse 99
وَأُتْبِعُوا۟ فِى هَـٰذِهِۦ لَعْنَةً وَيَوْمَ ٱلْقِيَـٰمَةِ ۚ بِئْسَ ٱلرِّفْدُ ٱلْمَرْفُودُ
Transliteration wa-ut'biʿū fī hādhihi laʿnatan wayawma l-qiyāmati bi'sa l-rif'du l-marfūdu
Dhivehi އަދި މިދުނިޔޭގައިވެސް އެމީހުންނަށް لعنة تبع ވެގެންވެއެވެ. އަދި آخرة ގައިވެސް އެމީހުންނަށް لعنة ވެއެވެ. އެއް އެހީއަށްފަހު ވެވުނު އަނެއް އެހީނުބައިވެގެންވެއެވެ. (އެއީ ދުނިޔޭގެ لعنة އަށްފަހު آخرة ގެ لعنة ގެ ވާހަކައެވެ. އެއީ فرعونއެމީހުންނަށް ވެދިން އެހީއެވެ.)
Verse 100
ذَٰلِكَ مِنْ أَنۢبَآءِ ٱلْقُرَىٰ نَقُصُّهُۥ عَلَيْكَ ۖ مِنْهَا قَآئِمٌ وَحَصِيدٌ
Transliteration dhālika min anbāi l-qurā naquṣṣuhu ʿalayka min'hā qāimun waḥaṣīdun
Dhivehi (އޭ رسول ﷲ އެވެ!) އިސްވެދިޔަ ވާހަކަތަކަކީ ވޭތިވެދިޔަ އެކިރަށްރަށުގެ خبر ތަކުގެތެރެއިން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދޭ خبر ތަކެވެ. އަދި އެރަށްތަކުގެތެރޭގައި ހަލާކުނުވެ އަދިއަދަށްދާންދެން ހުރި ރަށްރަށްވެއެވެ. އަދި އޭގެތެރޭގައި ހަލާކުވެ ބަރުބާދުވެފައިވާ ރަށްރަށްވެއެވެ.
Verse 101
وَمَا ظَلَمْنَـٰهُمْ وَلَـٰكِن ظَلَمُوٓا۟ أَنفُسَهُمْ ۖ فَمَآ أَغْنَتْ عَنْهُمْ ءَالِهَتُهُمُ ٱلَّتِى يَدْعُونَ مِن دُونِ ٱللَّهِ مِن شَىْءٍ لَّمَّا جَآءَ أَمْرُ رَبِّكَ ۖ وَمَا زَادُوهُمْ غَيْرَ تَتْبِيبٍ
Transliteration wamā ẓalamnāhum walākin ẓalamū anfusahum famā aghnat ʿanhum ālihatuhumu allatī yadʿūna min dūni l-lahi min shayin lammā jāa amru rabbika wamā zādūhum ghayra tatbībin
Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އަނިޔާވެރިވެވޮޑިނުގަންނަވަމެވެ. އަދި އެހެނެއްކަމަކު އެމީހުން އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީއެވެ. އަދި ކަލޭގެފާނުންގެ ربّ ގެ أمر ފުޅު އައިހިނދުން - އެބަހީ: އެބަޔަކު ހަލާކު ކުރެއްވުމުގެ أمر ފުޅުއައިހިނދުން ތިމަންރަސްކަލާނގެ ފިޔަވައި އެމީހުން އެގޮވާ دعاء ކުރިތަކެތި يعني: އެމީހުންގެ އެބުނާ إله ންތައް އެމީހުންނަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އިތުރު ގެއްލުމަކާއި ހަލާކެއްމެނުވީ އެބުދުތައް އެމީހުންނަށް އިތުރު ނުކުރެއެވެ.
Verse 102
وَكَذَٰلِكَ أَخْذُ رَبِّكَ إِذَآ أَخَذَ ٱلْقُرَىٰ وَهِىَ ظَـٰلِمَةٌ ۚ إِنَّ أَخْذَهُۥٓ أَلِيمٌ شَدِيدٌ
Transliteration wakadhālika akhdhu rabbika idhā akhadha l-qurā wahiya ẓālimatun inna akhdhahu alīmun shadīdun
Dhivehi ކަލޭގެފާނުންގެ ربّ އެރަށެއްގެ ބަޔަކު އަނިޔާވެރިވެގެންވާ حال އެރަށެއް ހިތްޕަވާ ހަލާކުކުރައްވަންޏާ އެކަލާނގެ އެރަށެއް ހިތްޕަވަނީ ހަމަ އެފަދައިންނެވެ. ހަމަކަށަވަރުން އެކަލާނގެ ހިތްޕެވުމަކީ ވޭންހުރި ގަދަފަދަ ހިތްޕެވުމެކެވެ.
Verse 103
إِنَّ فِى ذَٰلِكَ لَـَٔايَةً لِّمَنْ خَافَ عَذَابَ ٱلْـَٔاخِرَةِ ۚ ذَٰلِكَ يَوْمٌ مَّجْمُوعٌ لَّهُ ٱلنَّاسُ وَذَٰلِكَ يَوْمٌ مَّشْهُودٌ
Transliteration inna fī dhālika laāyatan liman khāfa ʿadhāba l-ākhirati dhālika yawmun majmūʿun lahu l-nāsu wadhālika yawmun mashhūdun
Dhivehi ހަމަކަށަވަރުން އެކަންތަކުގައި - އެބަހީ: ތިމަންރަސްކަލާނގެ އެހަލާކުކުރެއްވި ރަށްރަށް ހަލާކުކުރެއްވުމުގައި آخرة ދުވަހުގެ عذاب އަށް ބިރުވެތިވާ މީހަކަށް ކަނޑައެޅި بيان ވެގެންވާ عبرة ވެއެވެ. وعظ ވެއެވެ. އެދުވަހަކީ އެދުވަހަކަށް މީސްތަކުން (ކަށްވަޅުތަކުން ނުކުމެގެން) ޖަމާވާނޭ ދުވަހެވެ. އަދި އެދުވަހަކީ އެއީ ހެކިވެވޭނޭ ދުވަހެވެ. ނުވަތަ حاضر ވާނޭ ދުވަހެވެ.
Verse 104
وَمَا نُؤَخِّرُهُۥٓ إِلَّا لِأَجَلٍ مَّعْدُودٍ
Transliteration wamā nu-akhiruhu illā li-ajalin maʿdūdin
Dhivehi އަދި ކަނޑައެޅި عدد ވެގެންވާ مدّة އަކަށްމެނުވީ ތިމަންރަސްކަލާނގެ ދުވަސް ލަސްނުކުރައްވަމެވެ.
Verse 105
يَوْمَ يَأْتِ لَا تَكَلَّمُ نَفْسٌ إِلَّا بِإِذْنِهِۦ ۚ فَمِنْهُمْ شَقِىٌّ وَسَعِيدٌ
Transliteration yawma yati lā takallamu nafsun illā bi-idh'nihi famin'hum shaqiyyun wasaʿīdun
Dhivehi އަދި އެދުވަސް އައުމުން އެކަލާނގެ އިޒުނަފުޅަށްމެނުވީ ހަމައެއްވެސް نفس އެއް ވާހަކަ ނުދައްކާނެއެވެ. ފަހެ އެމީހުންގެތެރޭގައި ވަނީ އަބާއްޖަވެރިންނާއި ބާއްޖަވެރިންނެވެ.
Verse 106
فَأَمَّا ٱلَّذِينَ شَقُوا۟ فَفِى ٱلنَّارِ لَهُمْ فِيهَا زَفِيرٌ وَشَهِيقٌ
Transliteration fa-ammā alladhīna shaqū fafī l-nāri lahum fīhā zafīrun washahīqun
Dhivehi ފަހެ އަބާއްޖަވެރިން ދަންނައެވެ! އެމީހުން (އެދުވަހުން) ނަރަކައިގައެވެ. އެމީހުންނަށް އެތާނގައި އިވޭނީ އެނަރަކަ ބޭރަށް ނޭވައިލާ އަޑާއި އަދި އޭތި އެތެރެއަށް ނޭވައި ހިފަހައްޓާ އަޑެވެ.
Verse 107
خَـٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَـٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ ۚ إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ
Transliteration khālidīna fīhā mā dāmati l-samāwātu wal-arḍu illā mā shāa rabbuka inna rabbaka faʿʿālun limā yurīdu
Dhivehi އަދި ކަލޭގެފާނުންގެ ربّ އިރާދަކުރެއްވި މިންވަރެއްމެނުވީ އަބަދާއަބަދު އެމީހުން އެތާ ދެމިތިބޭނެއެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ އެކަލާނގެ އެދިވޮޑިގަންނަވާކަމެއްވިއްޔާ ހަމަ ކޮންމެހެން ކުރައްވާ ކަލާނގެއެވެ.
Verse 108
۞ وَأَمَّا ٱلَّذِينَ سُعِدُوا۟ فَفِى ٱلْجَنَّةِ خَـٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَـٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ ۖ عَطَآءً غَيْرَ مَجْذُوذٍ
Transliteration wa-ammā alladhīna suʿidū fafī l-janati khālidīna fīhā mā dāmati l-samāwātu wal-arḍu illā mā shāa rabbuka ʿaṭāan ghayra majdhūdhin
Dhivehi އަދި ބާއްޖަވެރިވީމީހުން ދަންނައެވެ! ފަހެ އެމީހުންވަނީ ސުވަރުގޭގައެވެ. ކަލޭގެފާނުންގެ ربّ އިރާދަކުރެއްވި މިންވަރެއްމެނުވީ އެމީހުން އެތާ ދާއިމީގޮތެއްގައި ދެމިތިބޭހުއްޓެވެ. އެއީ ކެނޑިދިއުމެއްނުވާ ދެއްވުމެއްގެގޮތުގައެވެ. (ދެމިހުންނަ نعمة އެއްގެގޮތުންނެވެ.)
Verse 109
فَلَا تَكُ فِى مِرْيَةٍ مِّمَّا يَعْبُدُ هَـٰٓؤُلَآءِ ۚ مَا يَعْبُدُونَ إِلَّا كَمَا يَعْبُدُ ءَابَآؤُهُم مِّن قَبْلُ ۚ وَإِنَّا لَمُوَفُّوهُمْ نَصِيبَهُمْ غَيْرَ مَنقُوصٍ
Transliteration falā taku fī mir'yatin mimmā yaʿbudu hāulāi mā yaʿbudūna illā kamā yaʿbudu ābāuhum min qablu wa-innā lamuwaffūhum naṣībahum ghayra manqūṣin
Dhivehi (އޭ رسول ﷲ އެވެ!) ފަހެ މިބައިމީހުން އެބަހީ: ކަލޭގެފާނުންގެ قوم ގެ مشرك ން - އެއަޅުކަންކުރާ ތަކެއްޗާއިމެދު ކަލޭގެފާނު ޝައްކު ނުކުރައްވާ ހުށިކަމެވެ. އެމީހުންގެ ކާބަފައިން މީގެކުރިން އަޅުކަންކުރާފަދައިންމެނުވީ މިމީހުންވެސް އަޅުކަންކުރާކަމުގައި ނުވެއެވެ. (މިމީހުން ބުދަށް މިއަޅުކަންކުރަނީ ކާބަފައިންނަށް تبع ވުމަށެވެ.) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ حقّ (ހެވަސް ނުބަޔަސް) ހަމަ މަދުކުރުމަކާއި ނުލައި ބަރާބަރުކޮށްދޭހުށީމެވެ.
Verse 110
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَٱخْتُلِفَ فِيهِ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ ۚ وَإِنَّهُمْ لَفِى شَكٍّ مِّنْهُ مُرِيبٍ
Transliteration walaqad ātaynā mūsā l-kitāba fa-ukh'tulifa fīhi walawlā kalimatun sabaqat min rabbika laquḍiya baynahum wa-innahum lafī shakkin min'hu murībin
Dhivehi އަދި ހަމަކަށަވަރުން موسى عليه السّلام އަށް ތިމަންރަސްކަލާނގެ ފޮތްދެއްވީމެވެ. توراة ދެއްވީމެވެ. ފަހެ އެފޮތާއިމެދު إختلاف ވެވުނެވެ. (އެއްބަޔަކު އެފޮތް ތެދުކޮށް އަނެއްބަޔަކު އެފޮތް ދޮގުކުރިއެވެ.) އަދި ކަލޭގެފާނުންގެ ربّ ގެ حضرة ން كلمة އެއް އިސްވެގޮސްފައިނުވާނަމަ ހަމަކަށަވަރުން އެމީހުންގެ މެދުގައި ނިޔާކުރެވިއްޖައީހެވެ. (އެކަލާނގެ حضرة ން އިސްވެގޮސްފައިވާ كلمة އަކީ عذاب ލަސްކުރެއްވުމުގެ كلمة އެވެ.) އަދި ހަމަކަށަވަރުން އެމީހުން އެވަނީ އެފޮތާއިމެދު ޝައްކުކުރާ ބަޔަކުކަމުގައެވެ. (އެއީ حقّ ތޯ ނުވަތަ باطل ތޯ މިކަމާމެދުއެވެ.)
Verse 111
وَإِنَّ كُلًّا لَّمَّا لَيُوَفِّيَنَّهُمْ رَبُّكَ أَعْمَـٰلَهُمْ ۚ إِنَّهُۥ بِمَا يَعْمَلُونَ خَبِيرٌ
Transliteration wa-inna kullan lammā layuwaffiyannahum rabbuka aʿmālahum innahu bimā yaʿmalūna khabīrun
Dhivehi އަދި އިސްވެދިޔަ މީހުންކުރެ ކޮންމެމީހަކަށްމެ ކަލޭގެފާނުންގެ ربّ އެމީހަކު ކުރި عمل ތަކަށް އެމީހަކަށް ފުރިހަމަ ޖަޒާދެއްވާ ބަރާބަރު ކުރައްވާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ އެމީހުންކުރާ عمل ތަކުގެ خبر މޮޅަށް ދެނެވޮޑިގަންނަވާ ކަލާނގެއެވެ.
Verse 112
فَٱسْتَقِمْ كَمَآ أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا۟ ۚ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ
Transliteration fa-is'taqim kamā umir'ta waman tāba maʿaka walā taṭghaw innahu bimā taʿmalūna baṣīrun
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް أمر ވެވުނުފަދައަކުން ކަލޭގެފާނު ސީދާވެވަޑައިގެން ހުންނަވާށެވެ! އަދި ކަލޭގެފާނުންގެ އަރިހުގައި توبة ވެވަޑައިގެން ތިއްބެވި ބޭކަލުންވެސް (ސީދާކަންމަތީ قائم ވެ ތިއްބަވާށެވެ!) އަދި (އުރެދުމުގައި) ހައްދުފަހަނަޅައިނުދާށެވެ! ހަމަކަށަވަރުން އެކަލާނގެއީ ކަލޭމެން ކުރާހާ ކަމަކަށް ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
Verse 113
وَلَا تَرْكَنُوٓا۟ إِلَى ٱلَّذِينَ ظَلَمُوا۟ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنْ أَوْلِيَآءَ ثُمَّ لَا تُنصَرُونَ
Transliteration walā tarkanū ilā alladhīna ẓalamū fatamassakumu l-nāru wamā lakum min dūni l-lahi min awliyāa thumma lā tunṣarūna
Dhivehi އޭ މީސްތަކުންނޭވެ! އަނިޔާވެރިވީމީހުންނަށް ކަލޭމެން ބުރަވެ އެމީހުންގެ ފަރާތަށް ނުލެނބޭށެވެ! ފަހެ އެހެން ހަދައިފިއްޔާ ކަލޭމެންގެ ގައިގާ އަލިފާން ބީހިދާނެއެވެ. (ކަލޭމެން ނަރަކައަށް ވަންނަން ޖެހިދާނެއެވެ.) އަދި ﷲ ފިޔަވައި ކަލޭމެންނަށް އެއްވެސް ސަހަރޯވެރިޔަކު ނުވެއެވެ. ދެން ކަލޭމެނަށް نصر ނުލިބެވޭނެއެވެ.
Verse 114
وَأَقِمِ ٱلصَّلَوٰةَ طَرَفَىِ ٱلنَّهَارِ وَزُلَفًا مِّنَ ٱلَّيْلِ ۚ إِنَّ ٱلْحَسَنَـٰتِ يُذْهِبْنَ ٱلسَّيِّـَٔاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّٰكِرِينَ
Transliteration wa-aqimi l-ṣalata ṭarafayi l-nahāri wazulafan mina al-layli inna l-ḥasanāti yudh'hib'na l-sayiāti dhālika dhik'rā lildhākirīna
Dhivehi އަދި ދުވާލުގެ ދެކޮޅުގައްޔާ އަދި ރޭގަނޑުގެ ގަޑިތަކެއްގައި (ވަގުތުތަކެއްގައި) ކަލޭގެފާނު ނަމާދުފުޅުقَائِمُ ކުރައްވާށެވެ! (މިއީ فرض ފަސްނަމާދުގެ ވަގުތަކަށް ކުރައްވާފައި އިޝާރަތެއްކަމަށް مُفسّر ން ވިދާޅުވެއެވެ.) ހަމަކަށަވަރުން ހެޔޮކަންތައް ނުބައިކަންތައް ގެންދެއެވެ. ފިލުވައިލައެވެ. (އެބަހީ ހެޔޮކަންތައްކުރުމުން ނުބައިކަންތައް ފުހެވެއެވެ.) އަދި މިވާހަކަތަކަކީ وعظ އާއި نصيحة ލިބިގަންނަބަޔަކަށް (ذِكْر ކުރާބަޔަކަށް) ވާ نصيحة ތަކެކެވެ. وعظ ތަކެކެވެ.
Verse 115
وَٱصْبِرْ فَإِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ
Transliteration wa-iṣ'bir fa-inna l-laha lā yuḍīʿu ajra l-muḥ'sinīna
Dhivehi އަދި ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ފަހެ ހަމަކަށަވަރުން إحسان ތެރިންގެ ދަރުމަ ﷲ تعالى ގެއްލެނި ނުކުރައްވާނެއެވެ.
Verse 116
فَلَوْلَا كَانَ مِنَ ٱلْقُرُونِ مِن قَبْلِكُمْ أُو۟لُوا۟ بَقِيَّةٍ يَنْهَوْنَ عَنِ ٱلْفَسَادِ فِى ٱلْأَرْضِ إِلَّا قَلِيلًا مِّمَّنْ أَنجَيْنَا مِنْهُمْ ۗ وَٱتَّبَعَ ٱلَّذِينَ ظَلَمُوا۟ مَآ أُتْرِفُوا۟ فِيهِ وَكَانُوا۟ مُجْرِمِينَ
Transliteration falawlā kāna mina l-qurūni min qablikum ulū baqiyyatin yanhawna ʿani l-fasādi fī l-arḍi illā qalīlan mimman anjaynā min'hum wa-ittabaʿa alladhīna ẓalamū mā ut'rifū fīhi wakānū muj'rimīna
Dhivehi ކަލޭމެންގެކުރީ އިސްވެދިޔަ أمّة ތަކުގެތެރޭގައި ތިބި ބުއްދިޔާއި ދީނުގެގޮތުން ރަނގަޅަށްތިބި މީހުން ބިމުގައި ކުރާ ފަސާދައިން މީސްތަކުންނަށް ނަހީކޮށް މަނާކޮށްހެދިނަމައެވެ! އެމީހުންގެމަދުމީހުން ބިމުގައިވާ ފަސާދަ ނަހީކޮށް މަނާކުރިއެވެ. އެމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި އަނިޔާވެރިވީ މީސްތަކުން ތަބާވީ އެމީހުން އެއެއްޗެއްގައި މަޖާނަގަމުންދިޔަ ދުނިޔޭގެ މަޖަލާއި لَذّة އާއެވެ. އެމީހުންވީ ނުބައިނުލަފާ މީހުންކަމުގައެވެ. مجرم ންކަމުގައެވެ.
Verse 117
وَمَا كَانَ رَبُّكَ لِيُهْلِكَ ٱلْقُرَىٰ بِظُلْمٍ وَأَهْلُهَا مُصْلِحُونَ
Transliteration wamā kāna rabbuka liyuh'lika l-qurā biẓul'min wa-ahluhā muṣ'liḥūna
Dhivehi އަދި ކަލޭގެފާނުންގެ ربّ އެރަށެއްގެ أهل ވެރިން مصلح ންކަމުގައިވާ حال ހަމަ (ރަނގަޅުމީހުން ކަމުގައިވާޙާލު) އަނިޔާވެރިގޮތެއްގައި ރަށްރަށް ހަލާކުކުރައްވާ ކަލަކުކަމުގައި ނުވެއެވެ.
Verse 118
وَلَوْ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةً وَٰحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ
Transliteration walaw shāa rabbuka lajaʿala l-nāsa ummatan wāḥidatan walā yazālūna mukh'talifīna
Dhivehi އަދި ކަލޭގެފާނުންގެ ربّ އެދިވޮޑިގެންނެވިނަމަ ހަމަކަށަވަރުން އެންމެހައި މީސްތަކުން އެއް أمّة އަކަށް ލައްވައިފީހެވެ. (ހަމަ ސީދާ مسلم ންކަމުގައި ލައްވައިފީހެވެ.) އަދި އެމީހުން إختلاف ވެ ދެބަސްވުމުން ފިލާނުދެއެވެ. (އެއީ دين ނުވަތަ مذهب އާއިމެދުވާ إختلاف އެވެ.)
Verse 119
إِلَّا مَن رَّحِمَ رَبُّكَ ۚ وَلِذَٰلِكَ خَلَقَهُمْ ۗ وَتَمَّتْ كَلِمَةُ رَبِّكَ لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ
Transliteration illā man raḥima rabbuka walidhālika khalaqahum watammat kalimatu rabbika la-amla-anna jahannama mina l-jinati wal-nāsi ajmaʿīna
Dhivehi ކަލޭގެފާނުންގެ ربّ رحمة ލެއްވި އަޅަކު މެނުވީއެވެ. އެމީހުން ހެއްދެވުނީ އެގޮތުގެމަތީގައެވެ. (އެބަހީ: رحمة އަށްޓަކައެވެ. ނުވަތަ إختلاف ވާގޮތަށެވެ. އަދި ކަލޭގެފާނުންގެ ربّ ގެ كلمة ފުޅު ފުރިހަމަވެގެންވެއެވެ. އެއީ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނަރަކަ ފުރައިލާހުރީ ޖިންނީންގެތެރެއިންނާއި މީސްތަކުންގެތެރެއިން އަޅައިގެންނެވެ. (އޭގައިވާ އެންމެންނަކީވެސް އެދެ جِنْس އެވެ. والله أعلم)
Verse 120
وَكُلًّا نَّقُصُّ عَلَيْكَ مِنْ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَ ۚ وَجَآءَكَ فِى هَـٰذِهِ ٱلْحَقُّ وَمَوْعِظَةٌ وَذِكْرَىٰ لِلْمُؤْمِنِينَ
Transliteration wakullan naquṣṣu ʿalayka min anbāi l-rusuli mā nuthabbitu bihi fuādaka wajāaka fī hādhihi l-ḥaqu wamawʿiẓatun wadhik'rā lil'mu'minīna
Dhivehi رسول ބޭކަލުންގެ خبر ތަކުގެތެރެއިން ތިމަންރަސްކަލާނގެ ކަލޭގެފާނަށް މިކިޔަވައިދެއްވާ ވާހަކަތަކުގައި އެއިން ކަލޭގެފާނުންގެ ހިތްޕުޅު ތިމަންރަސްކަލާނގެ ސާބިތުކޮށްދެއްވާ ތަކެތިވެއެވެ. އަދި ހަމަކަށަވަރުން މިސޫރަތުގައި مؤمن ންނަށް حقّ އާއި وعظ އާއި އަދި ذِكر އާއި نصيحة ހުރިތަކެތި ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއެވެ.
Verse 121
وَقُل لِّلَّذِينَ لَا يُؤْمِنُونَ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنَّا عَـٰمِلُونَ
Transliteration waqul lilladhīna lā yu'minūna iʿ'malū ʿalā makānatikum innā ʿāmilūna
Dhivehi އަދި އީމާންނުވާމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކަލޭގެ ތަނުގައި ތިބެ ކަލޭމެންގެ ގޮތުގައި عمل ކުރާށެވެ! ތިމަންކަލޭގެފާނުވެސް عمل ކުރާހުށީމެވެ.
Verse 122
وَٱنتَظِرُوٓا۟ إِنَّا مُنتَظِرُونَ
Transliteration wa-intaẓirū innā muntaẓirūna
Dhivehi އަދި (ކަލޭމެންނަށް شيطان وعد ކުރި ކަންތަކަށް) ކަލޭމެން إنتظار ކުރާށެވެ! ތިމަންކަލޭގެފާނު (ތިމަންކަލޭގެފާނަށް ﷲ وعد ކުރެއްވި ކަންތަކަށް) إنتظار ކުރާހުރީމެވެ.
Verse 123
وَلِلَّهِ غَيْبُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَإِلَيْهِ يُرْجَعُ ٱلْأَمْرُ كُلُّهُۥ فَٱعْبُدْهُ وَتَوَكَّلْ عَلَيْهِ ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا تَعْمَلُونَ
Transliteration walillahi ghaybu l-samāwāti wal-arḍi wa-ilayhi yur'jaʿu l-amru kulluhu fa-uʿ'bud'hu watawakkal ʿalayhi wamā rabbuka bighāfilin ʿammā taʿmalūna
Dhivehi އަދި އުޑުތަކާއި ބިމުގައިވާ غيب خاصّ ވެ ملك ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ހުރިހާ ކަމެއް - ހުރިހާ އެއްޗެއް رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. ފަހެ އެކަލާނގެއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި އެކަލާނގެ حضرة އަށް وكيل ކުރައްވާށެވެ! އަދި ކަލޭމެންކުރާ ކަންތައްތަކަށް ކަލޭގެފާނުގެ ربّ غافل ވެވޮޑިގެން ނުވެއެވެ.
Read Surah Hud in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.