Surah At-Talaq in Dhivehi: translation and audio
Surah 65 · الطلاق · The Divorce · 12 verses
Surah At-Talaq verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah At-Talaq word by word in English.
Verse 1
يَـٰٓأَيُّهَا ٱلنَّبِىُّ إِذَا طَلَّقْتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا۟ ٱلْعِدَّةَ ۖ وَٱتَّقُوا۟ ٱللَّهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّآ أَن يَأْتِينَ بِفَـٰحِشَةٍ مُّبَيِّنَةٍ ۚ وَتِلْكَ حُدُودُ ٱللَّهِ ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدْ ظَلَمَ نَفْسَهُۥ ۚ لَا تَدْرِى لَعَلَّ ٱللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا
Transliteration yāayyuhā l-nabiyu idhā ṭallaqtumu l-nisāa faṭalliqūhunna liʿiddatihinna wa-aḥṣū l-ʿidata wa-ittaqū l-laha rabbakum lā tukh'rijūhunna min buyūtihinna walā yakhruj'na illā an yatīna bifāḥishatin mubayyinatin watil'ka ḥudūdu l-lahi waman yataʿadda ḥudūda l-lahi faqad ẓalama nafsahu lā tadrī laʿalla l-laha yuḥ'dithu baʿda dhālika amran
Dhivehi އޭ ނަބިއްޔާއެވެ. (މި އާޔަތުން ނަބިއްޔާއަށް مُخَاطَب ކުރައްވާފައި އޮތަސް ބަސްފުޅުން مُرَاد ކުރެވެނީ މުޅި أُمَّة އާއިއެކުގަ އެވެ. އާޔަތުގެ سِيَاقُ ން އެކަން ރަނގަޅަށް ހާމަވެއެވެ.) ދެން އެއަންގަވަނީ، ތިޔަބައިމީހުން އަންހެނުން ވަރިކުރަންޏާ އެކަނބަލުންގެ عِدَّة ގެ ކުރީކޮޅުގައި ވަރިކުރާށެވެ. އެއީ حَيْض ން طَاهِر ވުމަށްފަހު އެކަނބަލުންނާ جِمَاعُ ނުވެ ވަރިކުރުމެވެ.) އަދި ކަލޭމެން عِدَّة ރަނގަޅަށް ހިސާބުކޮށް ބަރާބަރު ކުރާށެވެ. އަދި ކަލޭމެން اللَّهُ އަށް ބިރުވެތިވާށެވެ. އެއީ ކަލޭމެންގެ رَبّ އެވެ. (ދެންފަހެ ކަލޭމެން އެކަނބަލުން ވަރިކޮށްފިއްޔާ) އެކަނބަލުން (ފިރިމީހާގެ) ގެއިން ނުނެރޭށެވެ. އަދި އެކަނބަލުންވެސް ގެއިން ނުނިކުންނަ ހުއްޓެވެ. އެކަމަކު އެއީ އެކަނބަލުން بَيَان ވެގެންވާ فَاحِش ކަމެއް ގެނަސް ނުގަތިއްޔާއެވެ. (ފަހެ އެއީ ޒިނޭ ކުރުން ކަހަލަ - ނުވަތަ ދޫނުބައިކަމުން ގޭގައި އުޅޭ މީހުންނަށް އުދަގޫވުން ކަހަލަ ކަންކަމެވެ. ފަހެ އެފަދަ ކަމެއް ކޮށްފިއްޔާ ދެން އެކަނބަލުން ގެއިން ނެރުނަސް ކުށެއް ނެތެވެ.) އަދި އެއީ، (އެބަހީ މިއެންގެވުންތަކަކީ) اللَّهُ ގެ حَدّ ތަކެވެ. އެކަލާނގެ އިންތަކެވެ. އަދި اللَّهُ ގެ حَدّ ތައް ފަހަނައަޅައިދާ މީހާ ހަމަކަށަވަރުން އެމީހާ އެމީހާގެ نَفْس އަށް އަނިޔާވެރިވެއްޖެއެވެ. (ފަހެ އެކަނބަލުން عِدَّة ހަމަވަންދެން ފިރިމީހާގެ ގޭގައި އިނުމުން) ދެން اللَّهُ އުފައްދަވާ ކަމެއް ނިޔާކުރައްވާ ގޮތެއް ކަލޭމެނަކަށް ނޭގޭނެއެވެ. އެދުވަސްވަރު اللَّهُ ކަމެއް ނިޔާކުރައްވައިފާނެއެވެ.\nދަންނައެވެ. اللَّهُ ކަމެއް މެދުވެރި ކުރައްވާ ނިޔާކުރެއްވުމުގެ مُرَاد އެއްކަމުގައި މިތާގައި މިވަނީ عِدَّة ގެ ދުވަސްވަރު ފިރިމީހާގެ ގޭގައި ވަރިކުރި އަންހެނާ އިނުމުން ފިރިހެން މީހާ އަށް ގިނަ ވަގުތު އޭނާ ފެނި އަލުންވެސް އެދެމީހުން ދެމެދު اللَّهُ ގުޅުން އުފައްދަވައި ދެއްވައިފާނެއެވެ. ފިރިމީހާގެ ހިތަށް ލޯބިވެރިކަން ވަދެ އަލުން ދެމީހުން ގުޅޭނެގޮތް މެދުވެރި ވެދާނެއެވެ. އެގޮތް ހެޔޮވެގެންވެއެވެ. لَعَلَّ اللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا މިބަސްފުޅުން މުރާދުކުރެވެނީ އެކަންތަކެވެ. وَاللَّهُ أَعْلَمُ
Verse 2
فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ وَأَشْهِدُوا۟ ذَوَىْ عَدْلٍ مِّنكُمْ وَأَقِيمُوا۟ ٱلشَّهَـٰدَةَ لِلَّهِ ۚ ذَٰلِكُمْ يُوعَظُ بِهِۦ مَن كَانَ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا
Transliteration fa-idhā balaghna ajalahunna fa-amsikūhunna bimaʿrūfin aw fāriqūhunna bimaʿrūfin wa-ashhidū dhaway ʿadlin minkum wa-aqīmū l-shahādata lillahi dhālikum yūʿaẓu bihi man kāna yu'minu bil-lahi wal-yawmi l-ākhiri waman yattaqi l-laha yajʿal lahu makhrajan
Dhivehi ފަހެ އެކަނބަލުންގެ عِدَّة ހަމަވާން ގާތްވެއްޖެއްޔާ ރަނގަޅު ގޮތުގައި އެކަނބަލުން ހިފަހައްޓާށެވެ. (އެބަހީ އެކަނބަލުންނަށް އުނދަގޫ ކުރުމަކާއި ނުލައި އެކަނބަލުންނާއެކު އަލުންވެސް ލޯބިވެތިކަމާ مَصْلَحَة އާއެކު އުޅުމަށް އެކަނބަލުން رُجُوْع ކުރާށެވެ. އަނތްބަކަށް ހަދާށެވެ.) ނުވަތަ ރަނގަޅު ގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ. އަދި އެ ދެގޮތުންކުރެ ކޮންމެ ގޮތެއްގައިވެސް ކަލޭމެން عَدْل ވެރި ދެ ހެކިން ލައި ހެކިވެރި ކުރުވާށެވެ. އަދި ހެކިވެރިން إِخْلَاص ތެރިކަމާއެކު اللَّهُ އަށްޓަކައި ހެކިބަސް قَائِم ކުރާށެވެ. އަދި اللَّهُ އަށާއި آخِرَة ދުވަހަށް إِيْمَان ވާ މީހަކަށް އެކަލާނގެ نَصِيْحَة އާއި وَعْظ ދެއްވަނީ އެފަދައިންނެވެ. އަދި اللَّهُ އަށް تَقْوَى ވެރިވެއްޖެ މީހާއަށް އެނާ އަށް ޖެހިފައިވާ އުނދަގުލާ ދަތިން ނުކުންނާނެ ކޮންމެވެސް މަގެއް اللَّهُ ލައްވާ ހުއްޓެވެ.
Verse 3
وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ ۚ إِنَّ ٱللَّهَ بَـٰلِغُ أَمْرِهِۦ ۚ قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍ قَدْرًا
Transliteration wayarzuq'hu min ḥaythu lā yaḥtasibu waman yatawakkal ʿalā l-lahi fahuwa ḥasbuhu inna l-laha bālighu amrihi qad jaʿala l-lahu likulli shayin qadran
Dhivehi އަދި އޭނާ އަށް ހީވެސް ނުވާ ގޮތްގޮތުން އޭނާއަށް رِزْق ދެއްވައެވެ. އަދި اللَّهُ އަށް وَكِيْل ކޮށް ބަރޯސާކޮށްފި މީހާ ދަންނައެވެ. އެކަލާނގެ އޭނާއަށް ފުދޭނެއެވެ. ނުވަތަ އެކަލާނގެ އޭނާއަށް ފުއްދަވައިދެއްވާނެއެވެ. އެހެނީ ހަމަކަށަވަރުން اللَّهُ އެކަލާނގެ أَمْر ފުޅުތައް ހިންގަވައެވެ. تَنْفِيْذ ކުރައްވައެވެ. (އެއަކަށް އެއްވެސް މީހަކަށް ހުއްޓުމެއް ނޭރުވޭނެއެވެ.) އަދި ހަމަކަށަވަރުން اللَّهُ ކޮންމެ އެއްޗަކަށްވެސް އަދި ކޮންމެ ކަމަކަށްވެސް މިންވަރެއް ލެއްވިއެވެ. އަދި ވަގުތެއްވެސް ލެއްވިއެވެ. (އުނދަގުލަކަށްވެސް އެކަން ނިމޭނެ ވަގުތެއް ލެއްވިއެވެ. އަދި އެ އުނދަގޫ ވާނެ ވަރެއްވެސް ލެއްވިއެވެ. ފަސޭހަޔަށްވެސް ނިމޭނެ ވަގުތެއް ލެއްވިއެވެ. އަދި ފަސޭހަ ވާނެ ވަރެއްވެސް މިންވަރު ކުރެއްވިއެވެ.)
Verse 4
وَٱلَّـٰٓـِٔى يَئِسْنَ مِنَ ٱلْمَحِيضِ مِن نِّسَآئِكُمْ إِنِ ٱرْتَبْتُمْ فَعِدَّتُهُنَّ ثَلَـٰثَةُ أَشْهُرٍ وَٱلَّـٰٓـِٔى لَمْ يَحِضْنَ ۚ وَأُو۟لَـٰتُ ٱلْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ ۚ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مِنْ أَمْرِهِۦ يُسْرًا
Transliteration wa-allāī ya-is'na mina l-maḥīḍi min nisāikum ini ir'tabtum faʿiddatuhunna thalāthatu ashhurin wa-allāī lam yaḥiḍ'na wa-ulātu l-aḥmāli ajaluhunna an yaḍaʿna ḥamlahunna waman yattaqi l-laha yajʿal lahu min amrihi yus'ran
Dhivehi (އޭ مُؤْمِن ންނޭވެ!) ތިޔަބައިމީހުންގެ އަންހެނުންކުރެ މުސްކުޅިވުމުގެ ސަބަބުން حَيْض ވުމާއި މެދު މުޅިން ނާއުންމީދު ވެފައިވާ އަންހެނުންގެ عِدَّة އާއިމެދު ތިޔަބައިމީހުން ޝައްކުވެއްޖެއްޔާ ދަންނައެވެ. ފަހެ އެކަނބަލުންގެ عِدَّة އަކީ ތިން މަސްދުވަހެވެ. އަދި عُمُر ޅަވުމުގެ ސަބަބުން حَيْض ވާ عُمُر އަށް ނުފޯރާ ތިބޭ އަންހެންކުދީންގެ عِدَّة އަކީވެސް ތިންމަސްދުވަހެވެ. މާބަނޑު އަންހެނުންގެ عِدَّة އަކީ އެނާގެ ވިހެއުމެވެ. ވިހެއުމުން عِدَّة ހަމަވީއެވެ. އަދި اللَّهُ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ އެކަލާނގެ ނަހީ ތަކުން ދުރުވެ އެކަލާނގެ އަށް تَقْوَى ވެރިވެއްޖެ މީހާ ދަންނައެވެ. اللَّهُ އޭނާގެ ކަންތަކުގައި ފަހި ކަމާއި ފަސޭހަކަން ލައްވައެވެ.
Verse 5
ذَٰلِكَ أَمْرُ ٱللَّهِ أَنزَلَهُۥٓ إِلَيْكُمْ ۚ وَمَن يَتَّقِ ٱللَّهَ يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُعْظِمْ لَهُۥٓ أَجْرًا
Transliteration dhālika amru l-lahi anzalahu ilaykum waman yattaqi l-laha yukaffir ʿanhu sayyiātihi wayuʿ'ẓim lahu ajran
Dhivehi މިސޫރަތުގައި އިސްވެދިޔަ ވާހަކަ ތަކަކީ ﷲ ކަލޭމެންގެ މައްޗަށް ބާވައިލައްވާފައިވާ އެކަލާނގެ أَمْر ފުޅުތަކެވެ. އެ أَمْر ފުޅުތަކަށް ކިޔަމަންތެރިވެ تَقْوَى ވެރިވެއްޖެ މީހާގެ ކުށްފާފަތައް اللَّهُ އޭނާ އަށް ފުއްސަވައިދެއްވާނެއެވެ. އަދި آخِرَة ގައި އޭނާއަށް ބޮޑުވެގެންވާ ދަރުމަ އާއި ثَوَاب ދެއްވާ ހުއްޓެވެ.
Verse 6
أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلَا تُضَآرُّوهُنَّ لِتُضَيِّقُوا۟ عَلَيْهِنَّ ۚ وَإِن كُنَّ أُو۟لَـٰتِ حَمْلٍ فَأَنفِقُوا۟ عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَـَٔاتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا۟ بَيْنَكُم بِمَعْرُوفٍ ۖ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُۥٓ أُخْرَىٰ
Transliteration askinūhunna min ḥaythu sakantum min wuj'dikum walā tuḍārrūhunna lituḍayyiqū ʿalayhinna wa-in kunna ulāti ḥamlin fa-anfiqū ʿalayhinna ḥattā yaḍaʿna ḥamlahunna fa-in arḍaʿna lakum faātūhunna ujūrahunna watamirū baynakum bimaʿrūfin wa-in taʿāsartum fasatur'ḍiʿu lahu ukh'rā
Dhivehi رُجْعِي ވަރިން ކަލޭމެން ވަރިކުރި އަންހެން މީހާއަށް އޭނާ އިންނާނެތަން ކަލޭމެން ދޭށެވެ! އެއީ ކަލޭމެންވެސް ދިރިއުޅޭ ފެންވަރަކުންނެވެ. ކަލޭމެންގެ ތަނަވަސްކަންހުރި މިންވަރަކުންނެވެ. (އޭނާއަށް نَفَقَة ވެސް އެބަހީ ކައިބޮއި ހެދޭ މިންވަރުވެސް ދޭށެވެ. އަދި އޭނާއަށް ދަތިކުރުމަށްޓަކައި ކަލޭމެން އޭނާއަށް އުނދަގޫ ނުކުރާށެވެ. (އެއީ عِدَّة ހަމަވާން ކައިރިވީމާ رُجُوْع ކޮށްފައި އަލުންވެސް ވަރިކުރުމެވެ. އެހެން ނުހަދާށެވެ. އޭރުން އަލުންވެސް އޭނާ عِدَّة ފަށައިގެން ހަމަކުރަންޖެހޭނެއެވެ.) އަދި ވަރިކުރެވުނު އަންހެން މީހާއަކީ މާބަނޑު މީހެއްނަމަ އޭނާ ވިހާންދެން އޭނާއަށް خَرَدُ ވެސް ކުރާށެވެ. ދެންފަހެ އޭނާ ވިހައިގެން ދަރިފުޅަށް ކިރުދޭނަމަ އެކަމުގެ أُجُوْر އޭނާއަށް ދޭށެވެ. އަދި ކަލޭމެން ދެމީހުން ދެމެދު ރަނގަޅު ގޮތުގައި مَشْوَرَة ކޮށް ހަމަޖައްސާށެވެ. އަދި ދެމީހުންގެ ދެމެދު خِلَاف ވެ އެއްބަސްނުވެވި ކޮންމެ ފަރާތަކަށްވެސް އުނދަގޫވެއްޖެއްޔާ އެ ދަރިފުޅަށް އެހެންމީހަކު ލައިގެން ކިރުދޭށެވެ.
Verse 7
لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِۦ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُۥ فَلْيُنفِقْ مِمَّآ ءَاتَىٰهُ ٱللَّهُ ۚ لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا مَآ ءَاتَىٰهَا ۚ سَيَجْعَلُ ٱللَّهُ بَعْدَ عُسْرٍ يُسْرًا
Transliteration liyunfiq dhū saʿatin min saʿatihi waman qudira ʿalayhi riz'quhu falyunfiq mimmā ātāhu l-lahu lā yukallifu l-lahu nafsan illā mā ātāhā sayajʿalu l-lahu baʿda ʿus'rin yus'ran
Dhivehi އަދި އެ ކިރުމައިންނަށް ތަނަވަސްކަންހުރި މީހުންގެ ތަނަވަސްކަމުން ހޭދަކުރާށެވެ. އަދި އެމީހަކަށް رِزْق ދަތިވެއްޖެ މީހާ، އަތްމަތި ދަތިމީހާ އޭނާއަށް اللَّهُ ދެއްވާފައިވާ މިންވަރަކުން ހޭދަކުރާށެވެ. خَرَدُ ކުރާށެވެ. އަދި އެއްވެސް نَفْس އަކަށް اللَّهُ އެ نَفْس އަކަށް ދެއްވި އެއްޗެއްގެ تَكْلِيْف ނޫނީ ނުޖައްސަވައެވެ. އަދި ނިކަންހުރެ އުނދަގުލަކަށްފަހު ފަސޭހައެއް اللَّهُ ލައްވާނެއެވެ.
Verse 8
وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِۦ فَحَاسَبْنَـٰهَا حِسَابًا شَدِيدًا وَعَذَّبْنَـٰهَا عَذَابًا نُّكْرًا
Transliteration waka-ayyin min qaryatin ʿatat ʿan amri rabbihā warusulihi faḥāsabnāhā ḥisāban shadīdan waʿadhabnāhā ʿadhāban nuk'ran
Dhivehi އަދި ކިތައްކިތައް ރަށްރަށް އެރައްރަށުގެ رَبّ ގެ أَمْر ފުޅުތަށާއި އެކަލާގެ رَسُوْل ންނަށް ނުކިޔަމަންތެރިވި ހެއްޔެވެ؟ (އެބަހީ ވަރަށް ގިނަރަށްރަށުގެ މީހުން އެ ރަށްރަށުގެ رَبّ އަށާއި އެކަލާނގެ رَسُوْل ންނަށް ނުކިޔަމަންތެރިވިއެވެ.) ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންނާމެދު ވަރަށް ގަދަވެގެންވާ ހިސާބަކުން ހިސާބު ބެއްލެވީމެވެ. ގަދަވެގެންވާ عَذَاب އަކުން އެމީހުންނަށް عَذَاب ދެއްވީމެވެ.
Verse 9
فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَـٰقِبَةُ أَمْرِهَا خُسْرًا
Transliteration fadhāqat wabāla amrihā wakāna ʿāqibatu amrihā khus'ran
Dhivehi ފަހެ އެރަށްރަށުގެ އަހުލުވެރިން އެމީހުންގެ ކާފަރު ކަމާއި ނުކިޔަމަންތެރިކަމުގެ ރަހަ ލިބިގަތެވެ. އަދި އެމީހުންގެ آخِر ނިމުމަކަށްވީ ގެއްލުމާއި ހަލާކެވެ.
Verse 10
أَعَدَّ ٱللَّهُ لَهُمْ عَذَابًا شَدِيدًا ۖ فَٱتَّقُوا۟ ٱللَّهَ يَـٰٓأُو۟لِى ٱلْأَلْبَـٰبِ ٱلَّذِينَ ءَامَنُوا۟ ۚ قَدْ أَنزَلَ ٱللَّهُ إِلَيْكُمْ ذِكْرًا
Transliteration aʿadda l-lahu lahum ʿadhāban shadīdan fa-ittaqū l-laha yāulī l-albābi alladhīna āmanū qad anzala l-lahu ilaykum dhik'ran
Dhivehi ﷲ އެމީހުންނަށް (قِيَامَة ދުވަހުން) ގަދަވެގެންވާ عَذَاب އެއް ތައްޔާރު ކުރެއްވިއެވެ. އޭ إِيْمَان ވެގެންވާ ބުއްދިވެރިންނޭވެ. ކަލޭމެން ﷲ އަށް تَقْوَى ވެރިވާށެވެ. ބިރުވެތިވާށެވެ. ހަމަކަށަވަރުން ކަލޭމެންނަށް ﷲ ذِكْر އެއް ބާވައިލައްވައިފިއެވެ.
Verse 11
رَّسُولًا يَتْلُوا۟ عَلَيْكُمْ ءَايَـٰتِ ٱللَّهِ مُبَيِّنَـٰتٍ لِّيُخْرِجَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۚ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَـٰلِحًا يُدْخِلْهُ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۖ قَدْ أَحْسَنَ ٱللَّهُ لَهُۥ رِزْقًا
Transliteration rasūlan yatlū ʿalaykum āyāti l-lahi mubayyinātin liyukh'rija alladhīna āmanū waʿamilū l-ṣāliḥāti mina l-ẓulumāti ilā l-nūri waman yu'min bil-lahi wayaʿmal ṣāliḥan yud'khil'hu jannātin tajrī min taḥtihā l-anhāru khālidīna fīhā abadan qad aḥsana l-lahu lahu riz'qan
Dhivehi އެ ذِكْر އަކީ رَسُوْل އާއެވެ. އެ رَسُوْل އާ ކަލޭމެންގެ މައްޗަށް ﷲ ގެ بَيَان ވެގެންވާ އާޔަތްތައް ކިޔަވާ ވިދާޅުވެ ދެއްވައެވެ. އެއީ إِيْمَان ވެގެން صَالِح عَمَل ކުރި މީސްތަކުން (ކާފަރުކަމާއި شِرْك ގެ) އަނދިރިކަމުން ނެރުއްވައި (إِيْمَان ކަމާ هِدَايَة ގެ އަލިކަމުގެ ތެރެއަށް ވެއްދުމަށެވެ. އަދި ﷲ އަށް إِيْمَان ވެ صَالِح عَمَل ކުރި މީސްތަކުން (ދަންނައެވެ.) އެތަންތާނގެ ދަށުން އާރުތައް ދެމިދެމި އޮންނަ ބަގީޗާތަކަށް (ސުވަރުގެތަކަށް) ތިމަންރަސްކަލާނގެ އެމީހުން ވައްދަވާ ހުށީމެވެ. އެމީހުން އެތަންތާގައި އަބަދީ ގޮތެއްގައި ދެމިތިބޭނެއެވެ. ހަމަކަށަވަރުން ﷲ އެމީހުންނަށް ރަނގަޅު رِزْق ދެއްވިއެވެ. އެމީހުންގެ رِزْق ރަނގަޅުކުރެއްވިއެވެ.
Verse 12
ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَـٰوَٰتٍ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمًۢا
Transliteration al-lahu alladhī khalaqa sabʿa samāwātin wamina l-arḍi mith'lahunna yatanazzalu l-amru baynahunna litaʿlamū anna l-laha ʿalā kulli shayin qadīrun wa-anna l-laha qad aḥāṭa bikulli shayin ʿil'man
Dhivehi ﷲ އީ ހަތް އުޑު ހެއްދެވި ކަލާނގެއެވެ. އަދި ބިމުންވެސް އެވަރަށް ހެއްދެވިއެވެ. (އެބަހީ ހަތް ބިން ހެއްދެވިއެވެ.) އަދި އެދެމެދުގައި އެކަލާނގެ وَحِي ގެ أَمْر ފުޅުތައް ހިނގައެވެ. (އެބަހީ އުޑުތަކާއި ބިންތަކާއި އަދި އެދެމެދުގައިވާ خَلْق ތަކުންނަށް އެކަލާނގެ أَمْر ފުޅު ހިންގަވައެވެ.) އެކަން އެފަދައިން ލައްވާފައިވަނީ ހަމަކަށަވަރުންވެސް ކޮންމެ ކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވާކަމާއި އަދި ކޮންމެ އެއްޗެއްވެސް އެކަލާނގެ ދެނެވޮޑިގެންވާކަން ކަލޭމެންނަށް އެންގެވުމަށްޓަކައެވެ.
Read Surah At-Talaq in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.