MyDugsiStart learning

Surah As-Sajdah in Dhivehi: translation and audio

Surah 32 · السجدة · The Prostration · 30 verses

Surah As-Sajdah verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah As-Sajdah word by word in English.

Verse 1

الٓمٓ

Transliteration alif-lam-meem

Dhivehi الم މި އަކުރުތަކާއި މިބާވަތުގެ އެންމެހައި އަކުރުތަކަކީ އޭގެ އެނގުން އަދި މުރާދެއް ހަމައެކަނި ﷲ އަށް ޚާއްސަ ވެގެންވާ އަކުރުތަކެކެވެ.

Verse 2

تَنزِيلُ ٱلْكِتَـٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَـٰلَمِينَ

Transliteration tanzīlu l-kitābi lā rayba fīhi min rabbi l-ʿālamīna

Dhivehi މި ކީރިތި ޤުރުއާން ބާވައިލެއްވުން މިވަނީ އެއްވެސް ޝައްކެއްނެތް ގޮތުގައި ޢާލަމުތަކުގެ ވެރި رَبُّ ގެ حَضْرَة ންނެވެ. (އެއީ މަތިވެރި މާތް ﷲ އެވެ.)

Verse 3

أَمْ يَقُولُونَ ٱفْتَرَىٰهُ ۚ بَلْ هُوَ ٱلْحَقُّ مِن رَّبِّكَ لِتُنذِرَ قَوْمًا مَّآ أَتَىٰهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَهْتَدُونَ

Transliteration am yaqūlūna if'tarāhu bal huwa l-ḥaqu min rabbika litundhira qawman mā atāhum min nadhīrin min qablika laʿallahum yahtadūna

Dhivehi އަދި ކިއެއްހެއްޔެވެ؟ އެމީހުން يعني އެ مشرك ންގެ މީހުން ބުނަނީއެވެ. އެ ޤުރްއާން އެއީ އެކަލޭގެފާނު يعني محمد ގެ ފާނު އަމިއްލަ ފުޅަށް ހައްދަވައިގެން އުޅޭ އެއްޗެކެވެ. (އޭގެ ޖަވާބުގައި ﷲ އެ އަންގަވަނީ އެވެ.) އެއްގޮތަކައްވެސް އެހެންނޫނެވެ. އެއީ ހަމަ ޙައްޤެވެ. ކަލޭގެފާނުންގެ رَبُّ حَضْرَةُ ން ވާފޮތެކެވެ. އެއީ ކަލޭގެފާނުންގެ ކުރިން އެއްވެސް نَذِيْرُ އަކުއައިސްފައިނުވާބަޔަކަށް إنْذَارُ ކުރެއްވުމަށްޓަކައެވެ. އެމީހުންނަށް ތެދުމަގު ލިބުމުގެ އުއްމީދުގައެވެ. އެއީ مَكَّة ގެ عَرَبِى ންނެވެ.

Verse 4

ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ مَا لَكُم مِّن دُونِهِۦ مِن وَلِىٍّ وَلَا شَفِيعٍ ۚ أَفَلَا تَتَذَكَّرُونَ

Transliteration al-lahu alladhī khalaqa l-samāwāti wal-arḍa wamā baynahumā fī sittati ayyāmin thumma is'tawā ʿalā l-ʿarshi mā lakum min dūnihi min waliyyin walā shafīʿin afalā tatadhakkarūna

Dhivehi ﷲ އެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާތަކެތި ހަދުވަހެއްގެޔެރޭގައި ހެއްދެވި ކަލާނގެއެވެ. ދެން عَرْشِ އަށް އެކަލާނގެ اسْتِوَى ވެވޮޑިގެންނެވިއެވެ. އެކަލާނގެފިޔަވައި ކަލޭމެންނަށް އެހެން އެއްވެސް ސަހަރޯވެރިއަކު އަދި شَفَاعَة ތެރިއަކުވިޔަސްނުވެއެވެ. ކަލޭމެންފަހެ عِبْرَة حَاصِلُ ކޮށް ފިކުރުކޮށް ނުހަދާނެ ހެއްޔެވެ؟

Verse 5

يُدَبِّرُ ٱلْأَمْرَ مِنَ ٱلسَّمَآءِ إِلَى ٱلْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥٓ أَلْفَ سَنَةٍ مِّمَّا تَعُدُّونَ

Transliteration yudabbiru l-amra mina l-samāi ilā l-arḍi thumma yaʿruju ilayhi fī yawmin kāna miq'dāruhu alfa sanatin mimmā taʿuddūna

Dhivehi (خَلْقُ ތަކުންނާއިމެދު) އުޑުން ބިމަށް އެކަލާނގެ ކަންތައްތައް ތަދުބީރުކުރަށްވައެވެ. ދެން އެކަލާނގެ حَضْرَةُ އަށްއެއަމުރުފުޅުއަރައެވެ. ނުވަތަ އަމުރުވެވިފައިވާ ހިސާބަކަށް މަލާއިކަތްބޭކަލުން އަރާވަޑައި ގަންނަވައެވެ. އެއީ ކަލޭމެން ޢަދަދުކުރާގޮތުން އެއްހާސްއަހަރުގެ މުއްދަތުވާ ދުވަހެއްގައެވެ. ދަންނައެވެ. * މިއާޔަތުގެ ތަފުސީރު ވަރަށްގިނަގޮތްގޮތަށް ލިޔެވިގެންވެއެވެ. އަޅުގަޑު އެވާހަކަތައް ދައްކާކަށް ނެތީމެވެ. އެވާހަކަ ހަދާންކޮށްދިނީއެވެ.

Verse 6

ذَٰلِكَ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْعَزِيزُ ٱلرَّحِيمُ

Transliteration dhālika ʿālimu l-ghaybi wal-shahādati l-ʿazīzu l-raḥīmu

Dhivehi އެކަލާނގެއީ غَيْبُ ގައިވާ ކަންތަކާއި އަދި ފައުޅު ގައިވާ ކަންތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެއީ عِزَّة ވަންތަ رَحْمَة ވަންތަ ކަލާނގެއެވެ.

Verse 7

ٱلَّذِىٓ أَحْسَنَ كُلَّ شَىْءٍ خَلَقَهُۥ ۖ وَبَدَأَ خَلْقَ ٱلْإِنسَـٰنِ مِن طِينٍ

Transliteration alladhī aḥsana kulla shayin khalaqahu wabada-a khalqa l-insāni min ṭīnin

Dhivehi އެކަލާނގެއީ ކޮންމެއެއްޗެއްވެސް އެއެއްޗެއްގެ ހެއްދެވުން ރަނގަޅުކުރައްވައި ރިވެތިކުރެއްވި ކަލާނގެއެވެ. އަދި އިންސާނާގެ ހެއްދެވުން އެކަލާނގެ ފެއްޓެވީ (އެބަހީ އާދަމުގެފާނު ހައްދަވަން ފެއްޓެވީ) މަށިން ނެވެ.

Verse 8

ثُمَّ جَعَلَ نَسْلَهُۥ مِن سُلَـٰلَةٍ مِّن مَّآءٍ مَّهِينٍ

Transliteration thumma jaʿala naslahu min sulālatin min māin mahīnin

Dhivehi ދެން އެކަލޭގެފާނުންގެ ދަރިފަސްކޮޅު އެކަލާނގެ ލެއްވީ ނިކަމެތިވެގެންވާ ފެންފޮދަކުން ނެވެ. (އެއީ ފިރިހެނާގެ نُطْفَة އެވެ.)

Verse 9

ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦ ۖ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ

Transliteration thumma sawwāhu wanafakha fīhi min rūḥihi wajaʿala lakumu l-samʿa wal-abṣāra wal-afidata qalīlan mā tashkurūna

Dhivehi ދެން އެކަލާނގެ އޭނާ ފުރިހަމަކުރެއްވިއެވެ. އަދި އެކަލާނގެ އޭނާއަށް އެކަލާނގެ رُوْحُ ފުޅުން ފުމެލެއްވިއެވެ. އަދިއެކަލާނގެ ކަލޭމެނަށް އިވުމާއި ފެނުމާއި އަދިހިތް ލެއްވިއެވެ. ވިސްނުންލެއްވިއެވެ. ނުވަތަ ކަންފަތާއި ލޮލާއި އަދި ހިތްލެއްވިއެވެ. (މިފަދަބޮޑެތި ނިޢުމަތުގެ މުޤާބިލުގައިވެސް) ކަލޭމެން ޝުކުރު ކުރަނީ ދާދިމަދުންނެވެ.

Verse 10

وَقَالُوٓا۟ أَءِذَا ضَلَلْنَا فِى ٱلْأَرْضِ أَءِنَّا لَفِى خَلْقٍ جَدِيدٍۭ ۚ بَلْ هُم بِلِقَآءِ رَبِّهِمْ كَـٰفِرُونَ

Transliteration waqālū a-idhā ḍalalnā fī l-arḍi a-innā lafī khalqin jadīdin bal hum biliqāi rabbihim kāfirūna

Dhivehi އަދި آخِرَة ދުވަސް ޤަބޫލު ނުކުރާމީހުން ބުނެއެވެ. އަހުރެމެން މަރުވެ މަސްތަކާއި ކަށިތައްވެސް ބިމުގައި ހަލާކުވެދިއުމަށްފަހު އައު ހެއްދެވުމަކަށް އަލުންވެސް އަހުރެމެން ހެއްދެވޭނޭ ހެއްޔެވެ؟ (الله ޖަވާބުއެދެއްވަނީ) އަދި ކިއެއްހެއްޔެވެ؟ އެމީހުންއެވަނީ އެމީހުންގެ رَبُّ އާއި ބައްދަލުވުމާއިމެދު ކާފަރުވެގެންނެވެ. މިއެވެ.

Verse 11

۞ قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ ٱلَّذِى وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ

Transliteration qul yatawaffākum malaku l-mawti alladhī wukkila bikum thumma ilā rabbikum tur'jaʿūna

Dhivehi (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! މަރުގެ މަލާއިކަތާ ކަލޭމެންގެ މަރު ހިތްޕަވާނެއެވެ. އެކަލޭގެފާނީ އެކަމުގައި ކަލޭމެނާއި ޙަވާލުވެގެންވާ ކަލޭގެފާނެވެ. ދެންކަލޭމެން އެކަލާނގެ حَضْرَةُ އަށް އެބުނރިދާހުއްޓެވެ.

Verse 12

وَلَوْ تَرَىٰٓ إِذِ ٱلْمُجْرِمُونَ نَاكِسُوا۟ رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَآ أَبْصَرْنَا وَسَمِعْنَا فَٱرْجِعْنَا نَعْمَلْ صَـٰلِحًا إِنَّا مُوقِنُونَ

Transliteration walaw tarā idhi l-muj'rimūna nākisū ruūsihim ʿinda rabbihim rabbanā abṣarnā wasamiʿ'nā fa-ir'jiʿ'nā naʿmal ṣāliḥan innā mūqinūna

Dhivehi އަދި މުޖްރިމުންމީހުން އެބަހީ ނުބައި ނުލަފާމީހުން އެމީހުންގެ رَبُّ ގެ حَضْرَةُ ގައި ކުށަށް إعْتِرَافُ ވާ ޙާލު އެމީހުންގެ ބޯތައް އިސްދަށަށްޖެހިގެންވާހިނދު ކަލޭގެފާނުން ދެކެވަޑައި ގަންނަވާނެ ނަމައެވެ. އެމީހުން އެހެންތިބެ ދަންނަވާނެއެވެ. އޭ އަޅަމެންގެ رَبُّ އެވެ. (އިބަރަސްކަލާނގެއަށް އުރެދުނުމީހުންނަށްހުރި ޢުޤޫބާތް އަޅަމެންނަށް ފެނިއްޖެއެވެ. އަދި އިބަރަސްކަލާނގެ ރަސޫލުން ދުނިޔޭގައި އަޅަމެންނަށްކުރެއްވި އަމުރުގެތެދުކަން އަޅަމެން އަހައިފީމެވެ. ފަހެ صَالِحُ عَمَلُ ކުރުމަށް އަލުންވެސް އަޅަމެން ދުނިޔެއަށް ފޮނުއްވާދޭވެ! ހަމަކަށަވަރުން ދުނިޔޭގައި އަޅަމެން އިބަރަސްކަލާނގެ އެއްކައުވަންތަކަމާއިމެދު ޖާހިލުވިޔަސް މިހާރު އެއީ ތެދުކަމުގައި އަޅަމެން ޔަޤީންކުރަމެވެ.

Verse 13

وَلَوْ شِئْنَا لَـَٔاتَيْنَا كُلَّ نَفْسٍ هُدَىٰهَا وَلَـٰكِنْ حَقَّ ٱلْقَوْلُ مِنِّى لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ

Transliteration walaw shi'nā laātaynā kulla nafsin hudāhā walākin ḥaqqa l-qawlu minnī la-amla-anna jahannama mina l-jinati wal-nāsi ajmaʿīna

Dhivehi އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާނަމަ ކޮންމެ ނަފުސަކަށްވެސް އެނަފުސެއްގެ ތެދުމަގު ދައްކަވައިފީހެވެ. އަދި އެހެންނަމަވެސް ތިމަންރަސްކަލާނގެ حَضْرَةُ ގައި އެމީހުންގެ މައްޗަށް ޢަޒާބުގެބަސްފުޅު حِقُّ ވީއެވެ. ހަމަކަށަވަރުން ކާފަރުކަމާއި އުރެދުމުގެ އެންމެހައި މީސްތަކުން އަޅުއްވައިގެން ތިމަންރަސްކަލާނގެ ނަރަކަ ފުރަލާހުށީމެވެ.

Verse 14

فَذُوقُوا۟ بِمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَآ إِنَّا نَسِينَـٰكُمْ ۖ وَذُوقُوا۟ عَذَابَ ٱلْخُلْدِ بِمَا كُنتُمْ تَعْمَلُونَ

Transliteration fadhūqū bimā nasītum liqāa yawmikum hādhā innā nasīnākum wadhūqū ʿadhāba l-khul'di bimā kuntum taʿmalūna

Dhivehi ނަރަކަވަންތަވެރިންނަށް އެންގޭނެއެވެ. ކަލޭމެން މިދުވަހާއި ބައްދަލުވާނެކަން ހަނދާން ނައްތައިލުމުގެ ސަބަބުން އެކަމުގެ ރަހަލިބިގަންނާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެވެސް ކަލޭމެން ނަރަކައިގާ ހަނދާން ނައްތައިލީއެވެ. އަދި ކަލޭމެން ދުނިޔޭގައި ކުރިކަންތައްތަކުގެ ސަބަބުން ނިމުމެއްނެތް ދެމިހުންނަނިވި عَذَابُ ގެ ރަހަލިބިގަންނާށެވެ!

Verse 15

إِنَّمَا يُؤْمِنُ بِـَٔايَـٰتِنَا ٱلَّذِينَ إِذَا ذُكِّرُوا۟ بِهَا خَرُّوا۟ سُجَّدًا وَسَبَّحُوا۟ بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩

Transliteration innamā yu'minu biāyātinā alladhīna idhā dhukkirū bihā kharrū sujjadan wasabbaḥū biḥamdi rabbihim wahum lā yastakbirūna

Dhivehi ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާކަން ކަށަވަރީ އެބައިމީހުންނަށް އެއާޔަތްތައް ذِكْرُ ކުރެވިއްޖެއްޔާ - ހަނދާންކޮށްދެވިއްޖެއްޔާ އެއިން وَعْظُ نَصِيْحَة ލިބިގަނެ އަދި سَجِدَة އަށްތިރިވާމީހުންނެވެ. (ނުވަތަ މަޑުމޮޅިވެ ކިޔަމަންތެރިވާ މީހުންނެވެ.) އަދި އެމީހުން އެމީހުންގެ رَبُّ އަށް تَسْبِيْح ކިޔައި حَمْدُ ކުރާމީހުންނެވެ. އަދިއެމީހުން ކިބުރުވެރިވެ ބޮޑާނުވެއެވެ.

Verse 16

تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ

Transliteration tatajāfā junūbuhum ʿani l-maḍājiʿi yadʿūna rabbahum khawfan waṭamaʿan wamimmā razaqnāhum yunfiqūna

Dhivehi އެމީހުން އެމީހުންގެ އަރިކަށިތައް އޮށޯންނަ ތަންތަނާއިދުރުކޮށްފޭކުރެއެވެ. އެބަހީ ރޭގަޑު ދަންވަރުތެދުވެ ދަމުނަމާދުކޮށް ހަދައެވެ. އަދި އެމީހުން އެމީހުންގެ رَبُّގެ ޢަޒާބަށް ބިރުންނާއި އެކަލާނގެ ރަޙްމަތަށް އެދި ދަހިވެތިވާޙާލު އެމީހުންގެ رَبُّ އަށް ދުޢާކުރެއެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވިތަކެތިން އެމީހުން ހޭދަކުރެއެވެ.

Verse 17

فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ

Transliteration falā taʿlamu nafsun mā ukh'fiya lahum min qurrati aʿyunin jazāan bimā kānū yaʿmalūna

Dhivehi އަދި އެމީހުންނަށްޓަކައި ރައްކާކުރެވި ވަންހަނާކުރެވިގެންވާ އުފާވެރިކަންތައްތަކާއި ލޮލަށް ފިނިކަންދޭ ކަންތައްތައްވަނީ ކިހާވަރަކަށްކަން ހަމައެއްވެސް ނޭގޭނެއެވެ. އެއީ އެމީހުން ދުނިޔޭގައި ތިބިއިރު ކުރާކަމުގައިވީ ހެޔޮ ކަންތައްތަކުގެ ސަބަބުންނެވެ.

Verse 18

أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُۥنَ

Transliteration afaman kāna mu'minan kaman kāna fāsiqan lā yastawūna

Dhivehi އަޅެފަހެ މުއުމިނު މީހެއްކަމުގައިވީމީހާއާއި ނުބައި ނުލަފާ فَاسِقُ އަކު ކަމުގައިވީމީހާއާއި ދެމީހުން އެއްވަރުވާނޭހެއްޔެވެ؟ އެފަދަމީހުން އެއްވަރެއްނުވާނެއެވެ.

Verse 19

أَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ جَنَّـٰتُ ٱلْمَأْوَىٰ نُزُلًۢا بِمَا كَانُوا۟ يَعْمَلُونَ

Transliteration ammā alladhīna āmanū waʿamilū l-ṣāliḥāti falahum jannātu l-mawā nuzulan bimā kānū yaʿmalūna

Dhivehi އީމާންވެގެން صَالِحُ عَمَلُ ތައްކުރިމީހުން ދަންނައެވެ. ޤިޔާމަތްދުވަހުން އެމީހުން ގޮސްތިބޭނެ ތަނެއްކަމުގައި އެމީހުންނަށް ހުންނަހުރީ نِعْمَة ތަކުން ފުރިގެންވާ جَنَّةُ المَأوَى އެވެ ކިއުނު ސުވަރުގެއެވެ. އެއީ އެމީހުން ދުނިޔޭގައިކުރި ހެޔޮކަންތައްތަކުގެ ސަބަބުންނެވެ.

Verse 20

وَأَمَّا ٱلَّذِينَ فَسَقُوا۟ فَمَأْوَىٰهُمُ ٱلنَّارُ ۖ كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَآ أُعِيدُوا۟ فِيهَا وَقِيلَ لَهُمْ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ

Transliteration wa-ammā alladhīna fasaqū famawāhumu l-nāru kullamā arādū an yakhrujū min'hā uʿīdū fīhā waqīla lahum dhūqū ʿadhāba l-nāri alladhī kuntum bihi tukadhibūna

Dhivehi އަދި فَاسِقُ ވީމީހުން އެބަހީ ނުބައި ނުލަފާމީހުން ދަންނައެވެ. قِيَامَة ދުވަހުން އެމީހުން ތިބޭނީ ނަރަކައިގައެވެ. ގަދައަލިފާނުގައެވެ. އެމީހުން އެތަނުން ނުކުންނަން އެދޭކޮންމެހިނދެއްގައި އަލުންވެސް އެތަނަށް ގެންދެވޭނެއެވެ. އަދި އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ދޮގުކުރާކަމުގައިވި އަލިފާނުގެ ރަހަލިބިގަންނާށެވެ.

Verse 21

وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ

Transliteration walanudhīqannahum mina l-ʿadhābi l-adnā dūna l-ʿadhābi l-akbari laʿallahum yarjiʿūna

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށް ބޮޑު عَذَابُ ގެ ކުރިން ކުޑަ عَذَابُ ގެ ރަހަދައްކަވާހުރީމެވެ. އެއީ އެމީހުން ތައުބާވެ ހެޔޮމަގަށް رُجُوعَ ވޭތޯއެވެ. * ދަންނައެވެ. މިއާޔަތުގައިމިވާ ކުޑަ عَذَابُ އާއި ބޮޑު عَذَابُ ގެމުރާދަކާއިމެދު مُفَسِّرُ ންވާހަކަ ދައްކަވާފައި ވެއެވެ. ބައެއްބޭކަލޫން ވިދާޅުވެލައްވަނީ ކުޑަޢަޒާބަކީ ދުނިޔޭގައިޖެހޭ ބަލާތަކާއި އުދަގޫތައް ކަމުގައެވެ. ނުވަތަ ދީނުގެ ޙައްދުތައް ކަމުގައެވެ. ނުވަތައެއީ ބަލިމަޑުކަން ކަމަށެވެ. ނުވަތައެއީ ކައްވަޅުގެ عَذَابُ ކަމަށެވެ. އަދިމިނޫންވާހަކަތައްވެސްވެއެވެ. އަދި ބޮޑު عَذَابُ އަކީ آخِرَة ދުވަހުގެ عَذَابُ އެވެ.

Verse 22

وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَـٰتِ رَبِّهِۦ ثُمَّ أَعْرَضَ عَنْهَآ ۚ إِنَّا مِنَ ٱلْمُجْرِمِينَ مُنتَقِمُونَ

Transliteration waman aẓlamu mimman dhukkira biāyāti rabbihi thumma aʿraḍa ʿanhā innā mina l-muj'rimīna muntaqimūna

Dhivehi އަދިއެމީހެއްގެ ގާތުގައި ތިމަންރަސްކަލާނގެ އާޔަތްތައް ހަނދާންކުރެވުމަށްފަހު އެއާޔަތްތައް ޤަބޫލުނުކޮށް އެނބުރި ފުރަގަސްދިން މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ އެބަހީ އެއަށްވުރެވަކިންބޮޑު އަނިޔާވެރިއަކުނުވެއެވެ. އަދި އެއީ މުޖްރިމުންނެވެ. ހަމަކަށަވަރުން މުޖްރިމުންގެކިބައިން ތިމަންރަސްކަލާނގެ ބަދަލުހިއްޕަވާހޫށީމެވެ.

Verse 23

وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَلَا تَكُن فِى مِرْيَةٍ مِّن لِّقَآئِهِۦ ۖ وَجَعَلْنَـٰهُ هُدًى لِّبَنِىٓ إِسْرَٰٓءِيلَ

Transliteration walaqad ātaynā mūsā l-kitāba falā takun fī mir'yatin min liqāihi wajaʿalnāhu hudan libanī is'rāīla

Dhivehi އަދި ހަމަކަށަވަރުން مُوسَى عَلَيْه السلام އަށް ތިމަންރަސްކަލާނގެ ފޮތްދެއްވީމެވެ. އެއީ تَوْرَاة އެވެ. އަދި ބަނީ އިސްރާއީލުގެމީހުންނަށް ތެދުމަގެއްކަމުގައި ތިމަންރަސްކަލާނގެ އެފޮތްލެއްވީމެވެ. (ނުވަތަ އެކަލޭގެފާނާއި ތަބާވުމުން އެމީހުންނަށް ތެދުމަގު ލިބޭނޭގޮތްކަމުގައި ހެއްދެވީމެވެ.)

Verse 24

وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا۟ ۖ وَكَانُوا۟ بِـَٔايَـٰتِنَا يُوقِنُونَ

Transliteration wajaʿalnā min'hum a-immatan yahdūna bi-amrinā lammā ṣabarū wakānū biāyātinā yūqinūna

Dhivehi އަދި އެމީހުންގެތެރެއިން އެބަހީ ބަނީ އިސްރާއީލުގެތެރެއިން ތިމަންރަސްކަލާނގެ އިމާމުންލެއްވީމެވެ. އެމީހުން ތިމަންރަސްކަލާނގެ އިޒުނަފުޅަށް މީސްތަކުންނަށް ތެދުމަގުދައްކައެވެ. އެއީ އެމީހުން ކެތްތެރިވީ ހިނދުންނެވެ. އަދި އެމީހުންވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް ޔަޤީންކުރާބަޔަކު ކަމުގައެވެ.

Verse 25

إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ

Transliteration inna rabbaka huwa yafṣilu baynahum yawma l-qiyāmati fīmā kānū fīhi yakhtalifūna

Dhivehi (އޭ رَسُولُ الله އެވެ!) ކަލޭގެފާނުންގެ رَبُّ އެމީހުންގެމެދުގައި ދެބަސްވެ إخْتِلآفُ ވާކަންތައްތައް قِيَامَة ދުވަހުން ރަނގަޅަށް تَفْصِيْلُ ކޮށްބަޔާންކޮށްދެއްވާހުއްޓެވެ.

Verse 26

أَوَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا مِن قَبْلِهِم مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَـٰكِنِهِمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ ۖ أَفَلَا يَسْمَعُونَ

Transliteration awalam yahdi lahum kam ahlaknā min qablihim mina l-qurūni yamshūna fī masākinihim inna fī dhālika laāyātin afalā yasmaʿūna

Dhivehi އަދި މިމައްކާގެ އަހުލުވެރިން ގެކުރިން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީ ކިތައް قَرْنُ ކަން ކިތައް ކިތައް أُمَّة ކަން އެމީހުންނަށް ފަހެނޭގެބާވައެވެ؟ މިމީހުން ހިނގާބިނގާއެވަނީ އެ أُمَّة ތަކުގެ މީހުން އުޅުނު ތަންތަނުންލައިފައެވެ. (އެމީސްމީހުން ހަލާކުވެދިޔައީ އެމީހުންގެ ރަސޫލުންނަށް ނުކިޔަމަންތެރިވުމުގެ ސަބަބުންނެވެ.) ހަމަކަށަވަރުން ހެޔޮއެއްޗެތި އަހާ އަދި ހެޔޮއެއްޗެތި ވިސްނާބަޔަކަށް އެކަންކަމުގައިވެސް ކަނޑައެޅިބަޔާންވެގެންވާ ދަލީލުވެއެވެ. عِبْرَةُ އާއި نَصِيْحَة ވެއެވެ.

Verse 27

أَوَلَمْ يَرَوْا۟ أَنَّا نَسُوقُ ٱلْمَآءَ إِلَى ٱلْأَرْضِ ٱلْجُرُزِ فَنُخْرِجُ بِهِۦ زَرْعًا تَأْكُلُ مِنْهُ أَنْعَـٰمُهُمْ وَأَنفُسُهُمْ ۖ أَفَلَا يُبْصِرُونَ

Transliteration awalam yaraw annā nasūqu l-māa ilā l-arḍi l-juruzi fanukh'riju bihi zarʿan takulu min'hu anʿāmuhum wa-anfusuhum afalā yub'ṣirūna

Dhivehi އެއްވެސް ފެންފޮދެއް ގަހެއްނެތް ހަނަފަސް ހިކި ބިންގަޑަށް ތިމަންރަސްކަލާނގެ ވާރޭފެން ވެއްސަވާކަން އެމީހުންނަށް -އެބަހީ قِيَامَة ދުވަސް ޤަބޫލުނުކުރާމީހުންނަށްފަހެ ނުފެނޭބާވައެވެ. ނޭގޭބަވައެވެ؟ ދެންއެފެނުގެސަބަބުން ތިމަންރަސްކަލާނގެ ދަނޑާއި ގަސްގަހާގެހި ނެރުއްވަމެވެ. އަދި އެތަކެތިން އެމީހުންގެ نَعَم ސޫފިތަކާއި އަދި އެމީހުންވެސްކައިހަދައެވެ. މިކަންކަން އެމީހުންފަހެ ނުދެކެނީބާވައެވެ؟ އެއިން ޢިބުރަތެއްނެތީބާވައެވެ؟ (މީސްތަކުން މަރުވުމަށްފަހު އެމީހުން ދިރުއްވައި محْشَرُ އަށްފޮނުއްވުން ތިމަންރަސްކަލާނގެ އަށް ދަތިވާނީ ކޮންފަދައަކުން ހެއްޔެވެ؟)

Verse 28

وَيَقُولُونَ مَتَىٰ هَـٰذَا ٱلْفَتْحُ إِن كُنتُمْ صَـٰدِقِينَ

Transliteration wayaqūlūna matā hādhā l-fatḥu in kuntum ṣādiqīna

Dhivehi އެމީހުން - އެބަހީ މުޝްރިކުން- ބުނެއެވެ. = ކަލޭމެންތިޔައީ ތެދުބުނާ ބަޔަކު ކަމުގައިވަންޏާ (ނިކަން ބުނެބަލާށެވެ.) ތިޔަބުނާ فَتَحَ އެއް (ތިޔަބުނާ حُكْمُ އެއް) އޮންނާނީ ކޮންއިރަކުން ބާވައެވެ؟

Verse 29

قُلْ يَوْمَ ٱلْفَتْحِ لَا يَنفَعُ ٱلَّذِينَ كَفَرُوٓا۟ إِيمَـٰنُهُمْ وَلَا هُمْ يُنظَرُونَ

Transliteration qul yawma l-fatḥi lā yanfaʿu alladhīna kafarū īmānuhum walā hum yunẓarūna

Dhivehi (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވެބައްލަވާށެވެ! فَتَحَ ގެދުވަސް ނުވަތަ حُكْمُ ކުރައްވާދުވަހުން = ކާފަރުންނަށް އެމީހުންގެ އީމާންކަމުގެ. މަންފާ ނުކުރާނެއެވެ. އަދި އެމީހުންނަކީ ތައުބާވުމަށް ފަސްކުރެވޭނެ ބަޔަކު ކަމުގައިވެސް ނުވެއެވެ.

Verse 30

فَأَعْرِضْ عَنْهُمْ وَٱنتَظِرْ إِنَّهُم مُّنتَظِرُونَ

Transliteration fa-aʿriḍ ʿanhum wa-intaẓir innahum muntaẓirūna

Dhivehi (އޭ رَسُولُ الله އެވެ!) ކަލޭގެފާނު އެމީހުންގެ ކިބައިން ދުރުވެވަޑައި ގަންނަވާށެވެ. (އަދި އެމީހުންނާއިމެދު الله ކަންތައް ގެންދަވާގޮތް ބެއްލެވުމަށް) = ކަލޭގެފާނު إنْتِظَارُ ކުރައްވާށެވެ. ހަމަކަށަވަރުން އެމީހުން - އެބަހީ މުޝްރިކުންވެސް - އެވަނީ (އެމީހުންނަށް وَعْدُ ވެވިގެންވާ عَذَابُ އަށް إنْتِظَارُ ކުރެވިގެންވާ ބަޔަކު ކަމުގައެވެ.

Read Surah As-Sajdah in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.