MyDugsiStart learning

Surah Ar-Rahman in Dhivehi: translation and audio

Surah 55 · الرحمن · The Beneficent · 78 verses

Surah Ar-Rahman verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Ar-Rahman word by word in English.

Verse 1

ٱلرَّحْمَـٰنُ

Transliteration al-raḥmānu

Dhivehi رحمٰن ވަންތަ ރަސްކަލާނގެއެވެ. (الله އެއީ رحمٰن ވަންތަ ރަސްކަލާނގެއެވެ.)

Verse 2

عَلَّمَ ٱلْقُرْءَانَ

Transliteration ʿallama l-qur'āna

Dhivehi (محمّد ގެފާނަށް) قرآن އުނގަންނަވައިދެއްވީ ހަމައެކަނި رحمٰن ވަންތަ މާތް الله އެވެ. (ءادم ގެ ދަރިއަކުވެސް އަދި އެހެން މީހަކުވެސް އުނގަންނަވައިދެއްވި އެއްޗެއް ނޫނެވެ. އެއީ ހަމައެކަނި رحمٰن ވަންތަ މާތް الله އެކަލޭގެފާނަށް އުނގަންނަވައިދެއްވި ފޮތެކެވެ.)

Verse 3

خَلَقَ ٱلْإِنسَـٰنَ

Transliteration khalaqa l-insāna

Dhivehi إنسان އާ ހެއްދެވީވެސް ހަމަ އެކަލާނގެއެވެ. (الرحمٰن އެވެ.)

Verse 4

عَلَّمَهُ ٱلْبَيَانَ

Transliteration ʿallamahu l-bayāna

Dhivehi (عَلَّمَهُ الْبَيَان) އަދި އެ އިންސާނާއަށް ބަސްމޮށުންތެރި ކަމާއި، ތަކެތި بيان ކޮށްދެއްވީވެސް، مخاطب ކުރާނޭ ގޮތް ދަސްކޮށްދެއްވީވެސް ހަމަ އެކަލާނގެއެވެ.

Verse 5

ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍ

Transliteration al-shamsu wal-qamaru biḥus'bānin

Dhivehi އަދި އިރާއި، ހަނދު، ވަކި قواعد އެއްގެ މަތީން އޭގެ ބުރުޖުތަކާއި، منزل ތަކުގައި ހިނގައެވެ. އެއީވެސް رحمٰن ވަންތަ ރަސްކަލާނގެ ހެއްދެވުމެވެ. (އަދި އިރާއި ހަނދު ދައުރުވުމުގެ ސަބަބުން އަހަރުތަކާއި، މައްސަރުތައް، ދުވަސްތަކާއި، ވަގުތުތައް ސާފުކުރެއެވެ. އެކަމުގައިވެސް އެތައް ބައިވަރު ފައިދާއެކެވެ.)

Verse 6

وَٱلنَّجْمُ وَٱلشَّجَرُ يَسْجُدَانِ

Transliteration wal-najmu wal-shajaru yasjudāni

Dhivehi އަދި އަމިއްލަ ތަނޑުގަނޑަށް ނުތެދުވެވޭ ކުދި ގަސްގަހާއި، އަދި ތަނޑުގަނޑުމައްޗަށް ތެދުވެވޭ ބޮޑެތި ގަސްވެސް الله އަށް سجدة ކުރެއެވެ. އެކަލާނގެއަށް ކިޔަމަންތެރި ވެއެވެ. ނުއުރެދެއެވެ.

Verse 7

وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ

Transliteration wal-samāa rafaʿahā wawaḍaʿa l-mīzāna

Dhivehi އަދި އުޑު އުފުއްލެވީވެސް ހަމަ އެކަލާނގެއެވެ. އެއީހަމަ رحمٰن ވަންތަ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ميزان ލެއްވިއެވެ. (عدل ވެރިކަން ބާވައިލެއްވިއެވެ.)

Verse 8

أَلَّا تَطْغَوْا۟ فِى ٱلْمِيزَانِ

Transliteration allā taṭghaw fī l-mīzāni

Dhivehi އެއީ ކަލޭމެން عدل ވެރިކަމުގެ ހައްދުފަހަނަޅައި ނުދިއުމަށް ޓަކައެވެ.

Verse 9

وَأَقِيمُوا۟ ٱلْوَزْنَ بِٱلْقِسْطِ وَلَا تُخْسِرُوا۟ ٱلْمِيزَانَ

Transliteration wa-aqīmū l-wazna bil-qis'ṭi walā tukh'sirū l-mīzāna

Dhivehi އަދި ކަލޭމެން ވަޒަންކުރާއިރު (މިނެކިރާއިރު / އަދި އެހެންވެސް ކަންކަމުގައި) عدل ވެރިކަން قائم ކުރާށެވެ. ސީދާ ކުރާށެވެ. އުނި ނުކުރާށެވެ. ކަލޭމެން ކިރުމުގައި ނުވަތަ މިނުމުގައި އުނިކޮށް، މަދުކޮށް ނަހަދާށެވެ. އަދި އެހެން ކަންކަމުގައިވެސް عدل ވެރި ވާށެވެ.

Verse 10

وَٱلْأَرْضَ وَضَعَهَا لِلْأَنَامِ

Transliteration wal-arḍa waḍaʿahā lil'anāmi

Dhivehi އަދި އެންމެހައި މީސްތަކުންނަށް ޓަކައި - އެންމެހައި خلق ތަކުންނަށް ޓަކައި - ބިންގަނޑު ފަތުރުއްވައި، ތަނަވަސް ކޮށްދެއްވީވެސް ހަމަ އެކަލާނގެއެވެ. رحمٰن ވަންތަ ރަސްކަލާނގެއެވެ.

Verse 11

فِيهَا فَـٰكِهَةٌ وَٱلنَّخْلُ ذَاتُ ٱلْأَكْمَامِ

Transliteration fīhā fākihatun wal-nakhlu dhātu l-akmāmi

Dhivehi އަދި އެ ބިމުގައި މޭވާތަކާއި، އަދި އެތް ނުކުންނަ ކަދުރު ރުކާއި،

Verse 12

وَٱلْحَبُّ ذُو ٱلْعَصْفِ وَٱلرَّيْحَانُ

Transliteration wal-ḥabu dhū l-ʿaṣfi wal-rayḥānu

Dhivehi ކުރާގަނޑު ތަކުގެ ވެރި އޮއްޓަރާއި، މީރުވަސް ދުވާ މާމެލާމެއްޔާއި، މި ހުރިހާ ބާވަތެއްގެ ތަކެތި ލެއްވީވެސް ހަމަ رحمٰن ވަންތަ ރަސްކަލާނގެ އެވެ. މި ބަޔާންވެދިޔަ އެންމެހައި ތަކެއްޗާއި، އަދި އެހެނިހެން ތަކެއްޗަކީވެސް ހަމަ رحمٰن ވަންތަ الله އަދި ކަލޭމެން އެންމެހައި خلق ތަކުންގެ ربّ ގެ نعمة އެވެ.

Verse 13

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ބަލަ މިތިބަ ޖިންނީންނާއި، އިންސާނުންނާއި، ދެ جماعة ގެ މީހުންނޭވެ.) ކަލޭމެންގެ ربّ ގެ نعمة ތަކުގެ ތެރެއިން ކަލޭމެން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ ދޮގު ކުރެވޭނީ ކޮން އެއްޗެއް ހެއްޔެވެ؟

Verse 14

خَلَقَ ٱلْإِنسَـٰنَ مِن صَلْصَـٰلٍ كَٱلْفَخَّارِ

Transliteration khalaqa l-insāna min ṣalṣālin kal-fakhāri

Dhivehi رحمٰن ވަންތަ الله އިންސާނާ -) آدم ގެ ދަރީންގެ ބައްޕަ آدم ގެފާނު (- ހެއްދެވީ ޖަހައިލީމާ އަޑުއިވޭ ޒާތުގެ ހަރު ހިކި މަށީންނެވެ. އެއީ صلصٰال އެވެ. صلصٰال އަކީ ފިހެފައި ހުންނަ އީޓުފަދަ ފުފޭފަދަ އެބާވަތުގެ މުށިފަދަ ހަރު މައްޓެވެ.

Verse 15

وَخَلَقَ ٱلْجَآنَّ مِن مَّارِجٍ مِّن نَّارٍ

Transliteration wakhalaqa l-jāna min mārijin min nārin

Dhivehi އަދި ޖިންނި ހެއްދެވީ - އެބަހީ ޖިންނީންގެ ބައްޕަ ކަމުގައިވާ ފުރަތަމަ ޖިންނި (جانّ) ހެއްދެވީ އެއްވެސް ދުމެއް އެކުލެވިގެން ނުވާ އަލިފާނުގެ ސާފު ހުޅުގަނޑަކުންނެވެ. مارِج އަކީ لَهَب އެވެ. އެއީ ސާފު ހުޅުގަނޑެވެ. ޖިންނީން ހެއްދެވުނީ އެއިންނެވެ.

Verse 16

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ނުވަތަ ދޮގުކުރެވޭނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 17

رَبُّ ٱلْمَشْرِقَيْنِ وَرَبُّ ٱلْمَغْرِبَيْنِ

Transliteration rabbu l-mashriqayni warabbu l-maghribayni

Dhivehi އެއީ އެބަހީ رحمٰن ވަންތަ الله އީ ދެ مشرق ގެ ވެރި ربّ އެވެ. އަދި އެއީ ދެ مغرب ގެ ވެރި ربّ އެވެ. (އެދެ مشرق އާއި، ދެ مغرب އަކީ ފިނި موسم ގެ مشرق އާއި، مغرب އެވެ. އަދި ހޫނު موسم ގެ مشرق އާއި، مغرب އެވެ.)

Verse 18

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 19

مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ

Transliteration maraja l-baḥrayni yaltaqiyāni

Dhivehi އަދި އެކަލާނގެއީ އެބަހީ رحمٰن ވަންތަ الله އީ ދެ ކަނޑު ހެއްދެވި ކަލާނގެއެވެ. ދެ ކަނޑު ހައްދަވައި އޮއިދެމޭ ގޮތަށް ދޫކުރެއްވި ކަލާނގެއެވެ. (އެ ދެކަނޑަކީ ލޮނުފެނުގެ ކަނޑާއި، އަދި މީރު ފެނުގެ ކަނޑެވެ.) އަދި އެ ދެކަނޑު އެކީއެކީ ދެމެމުން ދެއެވެ.

Verse 20

بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ

Transliteration baynahumā barzakhun lā yabghiyāni

Dhivehi އެ ދެމެދުގައި (ލޯތަކަށް ނުފެންނަ) ހުރަހެއް الله ލައްވާފައި ވެއެވެ. އޭގެ ސަބަބުން އެ ދެކަނޑުގެ ފެންގަނޑު އެއްކަނޑުގެ ތެރެއަށް އަނެއް ކަނޑުގެ ފެންގަނޑު ވަދެ މައްސުނި ނުވެއެވެ. މިކްސް ނުވެއެވެ. މިހުރީ ﷲ ގެ قدرة ތެރި ކަމުގެ علامة އެވެ. ވިސްނައި، فكر ކުރާ މީހުންނަށް عبرة އެވެ. މިޒަމާނު ޓެކްނޮލޮޖީއާއި، އިލެކްޓްރޯނިކްވެސް ގައިމު ލަދުގަންނަން ޖެހޭނެއެވެ. އެހާބޮޑު ދެ ފެންގަނޑު އެހާ ބާރު އޮއިވަރާއި، ރާޅުގެ ތެރޭގައިވެސް އެއްކަނޑު އަނެއް ކަނޑަށް އެޅި މައްސުނިވެ މިކްސް ނުވާ ވަރުގެ ހުރަހެއް، އެކަމަކު އިންސާނުންނަށް އޭގެ إحساس ނުކުރެވޭ ވަރުގެ ހުރަހެއް ލައްވާފައި ހުރުމީ ގައިމު ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަން ފިޔަވައި އެހެން ކަމެއް ނޫނެވެ.

Verse 21

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 22

يَخْرُجُ مِنْهُمَا ٱللُّؤْلُؤُ وَٱلْمَرْجَانُ

Transliteration yakhruju min'humā l-lu'lu-u wal-marjānu

Dhivehi އަދި އެ ދެކަނޑުން لُؤْلُؤْ އާއި، مرجان ނުކުމެއެވެ. لُؤْلُؤْ އަކީ دُرّ އެވެ. އެއީ ރަންމުތެވެ. އެއީ އިތާއިން ލިބޭ އެއްޗެކެވެ. مرجان އަކީ ރަތް މުރަކަ ނުވަތަ އެބާވަތުގެ އަގުމޮޅު ޖަވާހިރެކެވެ. (މިހުރީ ﷲ ގެ نعمة އެވެ. نعمة ގެ ތަފާތު ވައްތަރެވެ.)

Verse 23

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 24

وَلَهُ ٱلْجَوَارِ ٱلْمُنشَـَٔاتُ فِى ٱلْبَحْرِ كَٱلْأَعْلَـٰمِ

Transliteration walahu l-jawāri l-munshaātu fī l-baḥri kal-aʿlāmi

Dhivehi އަދި ކަނޑުމަތީގައި އުފުލިގެންވާ ދިދަތަކެއް ފަދައިން ނުވަތަ އުފުލިގެންވާ ފަރުބަދަތަކެއް ފަދައިން އެވާ އުޅަނދުތައް ވެސް خاصّ ވެގެން ވަނީ ހަމަ رحمٰن ވަންތަ ކަލާނގެއަށެވެ. الجَوَار އަކީ މޫދުގައިވާ އުޅަނދުފަހަރެވެ. مُنْشَئات އަކީ އުފުލިފައިވާ ކޮންމެ އެއްޗެކެވެ. خلق ތަކުންގެ ބޭނުންތަކަށް ޓަކައި އެތަކެތި އެއްތަނުން އަނެއް ތަނަށް ދެވޭނޭގޮތް މެދުވެރި ކޮށްދެއްވީވެސް ހަމަ رحمٰن ވަންތަ ކަލާނގެއެވެ.

Verse 25

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 26

كُلُّ مَنْ عَلَيْهَا فَانٍ

Transliteration kullu man ʿalayhā fānin

Dhivehi ބިންމަތީގައިވާ އެންމެހައި ތަކެތި މަރުވެ، ފަނާވެގެން ދާނެއެވެ. އިންސާނުންނާއި، حيوان ންނާއި، ދެންވެސް ވާހައި ތަކެތި މަރުވެ ފަނާވެ ދާނެއެވެ. އެއީ قيامة ވުމުގެ ކުރީންނެވެ. قيامة ވުމުގެ ފެށުމެއްގެ ގޮތުންނެވެ.

Verse 27

وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَـٰلِ وَٱلْإِكْرَامِ

Transliteration wayabqā wajhu rabbika dhū l-jalāli wal-ik'rāmi

Dhivehi އަދި ހަމައެކަނި ފަނާނުވެ މަރުނުވެ ހުންނާނީ ކަލޭގެފާނުންގެ ربّ ގެ މާތްކަމާއި، ކީރިތިކަމުގެ ވެރި وجه ފުޅެވެ. އެކަލާނގެ ذات ފުޅެވެ. އެކަލާނގެއީ ފެށުމުގެ ކޮޅެއް ނެތް، ނިމުމުގެވެސް ކޮޅެއް ނެތް އަބަދަށް ދިރިދެމިވޮޑިގެންވާ ހުސް طاهر ވަންތަ މާތް الله އެވެ.

Verse 28

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 29

يَسْـَٔلُهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ كُلَّ يَوْمٍ هُوَ فِى شَأْنٍ

Transliteration yasaluhu man fī l-samāwāti wal-arḍi kulla yawmin huwa fī shanin

Dhivehi އަދި އުޑުތަކާއި، ބިމުގައިވާ އެންމެން އެކިއެކި ބޭނުމުގައި އެކަލާނގެއަށް ދަންނަވައި، دعاء ކޮށްހަދައެވެ. އެއީ އެބައިމީހުންގެ حال ގެ ދުލުންނާއި، ބަހުންނެވެ. އުޑުތަކުގައިވާ ބޭކަލުން ދަންނަވަނީ ފާފަ ފުއްސެވުމަށް އެދިގެންނެވެ. ބިމުގައިވާ މީސްތަކުން ދަންނަވަނި ފާފަ ފުއްސެވުމަށާއި، ރިޒުގުދެއްވުމަށާއި، ދެންވެސް އެބައިމީހުންނަށްވާ ބޭނުންތައް ފުއްދުމަށެވެ. އަދި ކޮންމެ ހިނދުކޮޅެއްގައިވެސް އެކަލާނގެ ވަނީ ކަންތައްތައް ހިންގެވުމުގައެވެ. އަޅުތަކުންގެ ތަފާތު ބޭނުންތައް ފުއްދަވައިދެވުމުގައެވެ. އެކަލާނގެ އެދިވޮޑިގެންނެވި ފަދައަކުން - މަރުއްވާ، ދިރުއްވާ - ރިޒުގުދެއްވައި - އަދި فقير ކުރައްވައި - عزّة ތެރި ކުރައްވައި - ނިކަމެތި ކުރައްވައި - ބަލިޖައްސަވައި - ބަލި ފަސޭހަ ކުރައްވައި - ދެއްވުންތައް ދެއްވައި - منع ކުރައްވައި - އަދި ފާފަ ފުއްސަވައި - عذاب ދެއްވައި އަދި މިނޫންވެސް ހިމަނައިނުގަނެވޭހައި ކަންތައްތައް އަބަދާ އަބަދު އެކަލާނގެ ހިންގަވައެވެ.

Verse 30

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން

Verse 31

سَنَفْرُغُ لَكُمْ أَيُّهَ ٱلثَّقَلَانِ

Transliteration sanafrughu lakum ayyuha l-thaqalāni

Dhivehi އޭ ޖިންނީންނާއި، އިންސީންނޭވެ. ތިޔަ ދެބައިމީހުންނަށް ޓަކައި ހިސާބު ބައްލަވައި، އަދި جزاء ދެއްވުމަށް ނިކަންހުރެ ތިމަން ރަސްކަލާނގެ ވަކި ވަގުތެއް އިރާދަކުރައްވާ ހުށީމެވެ. (ފަހެ މިއީ ޖިންނީންނާއި، އިންސާނުންގެ ނިސްބަތުގައި ބިރުހުރި وعيد އެކެވެ. ތިމާމެން ކޮށްފައިވާ އެންމެހައި عمل ތަކަށް ފުރިހަމަ ބަދަލު ދެއްވާނޭ ކަމުގެ ތެދުވެރި ބަސްފުޅެވެ. ހެޔޮ عمل އަށް ހެޔޮ ޖަޒާއެވެ. ނުބައި عمل އަށް ނުބައި ޖަޒާއެވެ.)

Verse 32

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 33

يَـٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُوا۟ مِنْ أَقْطَارِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ فَٱنفُذُوا۟ ۚ لَا تَنفُذُونَ إِلَّا بِسُلْطَـٰنٍ

Transliteration yāmaʿshara l-jini wal-insi ini is'taṭaʿtum an tanfudhū min aqṭāri l-samāwāti wal-arḍi fa-unfudhū lā tanfudhūna illā bisul'ṭānin

Dhivehi އޭ ޖިންނީންނާއި، އިންސާނުންނާއި ދެ جماعة ގެ މީހުންނޭވެ. ﷲ ގެ ނިޔާފުޅާއި قضاء قدر ން ފިލައި ރައްކާވެވޭތޯ ކަލޭމެންނަށް ކުޅަދާނަވެގެން ވަންޏާ އުޑާއި ބިމުގެ އެކިއެކި ފަރާތްތަކުން އެތަންތަން ފޫދުއްވާލައިފައި ނިކަން ގޮސްބަލާށެވެ. ވަރަށް ވަރުގަދަ ބާރެއް އޮވެގެން މެނުވީ ކަލޭމެންނަކަށް އެހެން ނުދެވޭނެއެވެ. (އެފަދަ ބާރެއް ކަލޭމެންނަކަށް ނުވެއެވެ.)

Verse 34

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 35

يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ

Transliteration yur'salu ʿalaykumā shuwāẓun min nārin wanuḥāsun falā tantaṣirāni

Dhivehi އަދި قيامة ދުވަހުން ނަރަކައިގައި ތިޔަ ދެބައިމީހުންކުރެ ނަރަކަ حقّ ވީ ބައެއްގެ މައްޗަށް އަލިފާނުގެ ސާފު ހުޅުގަނޑާއި، ވިރިފައި ހުރި ހޫނުކަން ގަދަ ލޮޔާއި، ނުވަތަ ނަރަކައިގެ ދުންގަނޑު ތިޔަ ދެބައިމީހުންގެ މައްޗަށް، ފޮނުވައިލެވޭނެއެވެ. އެއީ ﷲ ގެ عذاب އެވެ. ދެންފަހެ ތިޔަ ދެބައިމީހުންކުރެ އެއް ބަޔަކަށްވެސް އެކަން دفاع ނުކުރެވޭ ހުއްޓެވެ. نصر އެއް، އެހީއެއް ނުލިބޭ ހުއްޓެވެ.

Verse 36

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 37

فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتْ وَرْدَةً كَٱلدِّهَانِ

Transliteration fa-idhā inshaqqati l-samāu fakānat wardatan kal-dihāni

Dhivehi އަދި ملائكة ބޭކަލުން ފައިބާވަޑައިގަތުމަށް ޓަކައި އުޑު ފަޅަފަޅައިގެންގޮސް ދޮރުތަކަކަށްވެ ދެން އެ އުޑު ނަރަކައިގެ ހޫނުކަމުން ހޫނުވެގެންގޮސް ރަތްކުލައިގެ ހަންގަނޑެއް ފަދައިން ވާނެއެވެ. ނުވަތަ ރަތް ފިނފެންމަލުގެ ކުލަޔަކަށް ވާނެއެވެ.

Verse 38

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 39

فَيَوْمَئِذٍ لَّا يُسْـَٔلُ عَن ذَنۢبِهِۦٓ إِنسٌ وَلَا جَآنٌّ

Transliteration fayawma-idhin lā yus'alu ʿan dhanbihi insun walā jānnun

Dhivehi ފަހެ އެދުވަހުން - އެބަހީ ކަށްވަޅުތަކުން ނުކުންނަ ދުވަހު - އިންސާނެއްގެ ކިބައިންވެސް އަދި ޖިންނިއެއްގެ ކިބައިން ވެސް އެއްވެސް ސުއާލެއް ނުވެވޭނެއެވެ. (އެއީ ސުއާލުގެ محلّ އެއް ނޫނެވެ. ސުއާލު ވެވޭނީ قيامة ގެ އެހެން موقف އެއްގައެވެ. ކަށްވަޅުތަކުން ނުކުންނައިރުވެސް مجرم ންގެ ކިބައިން އެކަމުގެ علامة ފާޅުވާނެއެވެ. އިތުރު ސުއާލެއް ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ރުހިވޮޑި ނުގަތުމާއި، ކޯފާގެ ސުއާލު ވެވޭނެއެވެ.

Verse 40

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 41

يُعْرَفُ ٱلْمُجْرِمُونَ بِسِيمَـٰهُمْ فَيُؤْخَذُ بِٱلنَّوَٰصِى وَٱلْأَقْدَامِ

Transliteration yuʿ'rafu l-muj'rimūna bisīmāhum fayu'khadhu bil-nawāṣī wal-aqdāmi

Dhivehi (ކަށްވަޅުތަކުން ނުކުންނަ ހިނދު) مجرم ން (ކުށްވެރީން) އެބައިމީހުންގެ علامة ތަކާއި، نشان ތަކުން އެމީހުން ވަކިން އެނގެވޭނެއެވެ. އެއީ އެމީހުންގެ މޫނު ކަޅުކަމާއި، ލޮލުގެ ކުލަ ނޫވެފައި ހުރުމުންނެވެ. ދެންފަހެ (ނަރަކައިގެ زبانيّ ملائكة ބޭކަލުން) އެމީހުންގެ ނިތްގަނޑުގައްޔާއި، ފައިތަކުގައި ހިއްޕަވާނެއެވެ. ދެން ނަރަކައަށް އެއްލާނެއެވެ.\nދަންނައެވެ. ملائكة ބޭކަލުން ބައެއް ފަހަރު އެމީހުންގެ ބޮލުގެ ނިތްކުރިޔާ ދިމާގެ އިސްތަށިގަނޑުގައި ހިއްޕަވައި، މޫނުވަތަށް ދަމަމުން ގެންދަވާނޭ ކަމަށާއި، އަދި ބައެއް ފަހަރު އެމީހުންގެ ފައިގައި ހިއްޕަވައި، ބޯ ބިމުގައި ކޭތޭގޮތަށް ގެންނަވައި ނަރަކައަށް އުއްކަވާ ކަމަށާއި، އަދި ބައެއް ފަހަރު އެމީހުންގެ ބުރިކަށި ފަރާތުން ގެނެވޭ ހިލިހިލާގަނޑަކުން ނިތްކުރީގެ އިސްތަށިގަނޑާއި، ދެޔާ އެއްކޮށް ބަނދެފައި ނަރަކައަށް އުއްކަވާ ކަމާއި، މި ހުރިހައި ގޮތްގޮތަކަށް ރިވާވެގެން ވެއެވެ. والعِياذً بِااللهِ. ﷲمّ أجِرْنا مِن النّارِ وَ عَذابِهِ

Verse 42

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 43

هَـٰذِهِۦ جَهَنَّمُ ٱلَّتِى يُكَذِّبُ بِهَا ٱلْمُجْرِمُونَ

Transliteration hādhihi jahannamu allatī yukadhibu bihā l-muj'rimūna

Dhivehi (އަދި އެދުވަހުން އެމީހުން يعني مجرم ންގެ މީހުން ނަރަކައަށް ލެވޭހިނދު އެމީހުންނަށް މިފަދައިން އިއްވޭނެއެވެ.) “މިއީ مجرم ން، (ނުބައި ނުލަފާ މީހުން ދުނިޔޭގައި ތިބެގެން) އެ ނަރަކަ ދޮގުކުރި ނަރަކައެވެ. (އެ ނަރަކަޔާއި، އެތާނގެ عذاب އެވެ. (“

Verse 44

يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ ءَانٍ

Transliteration yaṭūfūna baynahā wabayna ḥamīmin ānin

Dhivehi ފަހެ އެބައިމީހުން އެ ނަރަކައިގެ ގަދަވެގެންވާ އަލިފާނުގައި ފިހެވި، އަދި އެ ފެނުގެ ހޫނުކަން އެންމެ ނިހާޔަތަށް ގޮސްފައިވާ، ކެކިކެކި ހުރި ހޫނު ފެން އެމީހުންގެ މޫނަށާއި، ގަޔަށް އެޅެވޭ حال އެ ނަރަކައިގައި އެމީހުން ތިބޭނެއެވެ. ހޫނުކަން ގަދަވެގެންވާ އަލިފާނުގެ عذاب އާއި، ހޫނުކަން ގަދަވެގެންވާ ފެނުގެ عذاب ގައި އެނބުރިއެނބުރި އެމީހުން ތިބޭނެއެވެ. މަރުވުމެއްވެސް ނުވެއެވެ. (ﷲمّ أجِرْنا مِن النّارِ)

Verse 45

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 46

وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ

Transliteration waliman khāfa maqāma rabbihi jannatāni

Dhivehi އަދި ތިމާ ހައްދަވައި ބޮޑުކުރެއްވި ربّ ގެ حضرة ގައި قيامة ދުވަހުން ހުންނަންޖެހޭ مقام އާމެދު ބިރުވެތިވެއްޖެ މީހަކަށް قيامة ދުވަހުން ދެ ބަގީޗާ ވެއެވެ. ނުވަތަ ތިމާ ދުނިޔޭގައި އުޅޭއިރު الله تعالى ތިމާގެ عمل ތަކާމެދު އަބަދާ އަބަދު ބައްލަވާވޮޑިގެންވާ ކަމާމެދު ބިރުވެތިވެ، ނުބައި ކަންތައް ދޫކޮށް، ހެޔޮ عمل ކުރި މީހަކަށް قيامة ދުވަހުން الله تعالى ދެ ސުވަރުގެ ދެއްވާ ހުއްޓެވެ. އެއީ والنّازعات ސޫރަތުގައިވާ (وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ٤٠ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ٤١) މި އާޔަތުންވެސް دليل ކުރާ ގޮތެވެ. މިއާޔަތުގެ މާނައީ: އަދި ތިމާ ހައްދަވައި ބޮޑުކުރެއްވި ربّ ގެ مقام އާމެދު ބިރުވެތިވެ އަދި ތިމާގެ هوى نفس ގެ އެދުންތައް نهى ކޮށް ދުރުކޮށްފި މީހާ ދަންނައެވެ. ފަހެ އެމީހަކަށް ހުރި ތަނަކީ مَأْوٰى އެވެ. ކިޔުނު ސުވަރުގެއެވެ. ބަގީޗާއެވެ. މިއެވެ

Verse 47

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަ ދެބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 48

ذَوَاتَآ أَفْنَانٍ

Transliteration dhawātā afnānin

Dhivehi އެ ދެބަގީޗާގެ ގަސްތަކުގެ ގޮފިތައް ދެމިގެންވާ، އަދި ފަތާއި، މޭވާތައް ގިނަވެ ހިޔާގަނޑު ބޮޑުވެގެން ވެއެވެ.

Verse 49

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަ ދެބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 50

فِيهِمَا عَيْنَانِ تَجْرِيَانِ

Transliteration fīhimā ʿaynāni tajriyāni

Dhivehi އެ ދެބަގީޗާގައި ހިނގަހިނގާ އޮންނަ ދެ އާރު ވެއެވެ. (އެއީ އެ ދެބަގީޗާގެ ގަސްތަކަށް ފެން ދެއްވުމަށް ޓަކައެވެ. އޭގެ ސަބަބުން ގަސްތައް ފައްކާވެ، މޭވާތައް ގިނަގުނަ ވުމަށެވެ.)

Verse 51

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަ ދެބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 52

فِيهِمَا مِن كُلِّ فَـٰكِهَةٍ زَوْجَانِ

Transliteration fīhimā min kulli fākihatin zawjāni

Dhivehi އެ ދެބަގީޗާއިންކުރެ ކޮންމެ ބަގީޗާއެއްގައިވެސް މޭވާގެ ކޮންމެ ބާވަތަކުންވެސް ޖޯޑެއް ވެއެވެ. އެބަހީ ދެވައްތަރެއް ވެއެވެ. (ބައެއް ބޭކަލުން ވިދާޅުވެފައި ވަނީ އެއީ މޭވާގެ އެންމެ ތާޒާ ވައްތަރާއި، ކުޑަކޮށް ހިކި މޭވާއޭ ކިޔާ ބާވަތުގެ ތާޒާ ވައްތަރެވެ. އެ މޭވާތަކުގެ ތާސީރާއި، خاصّيّة ވެސް ދެނެވޮޑިގެންވަނީ ހަމަ الله އެވެ.)

Verse 53

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަ ދެބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 54

مُتَّكِـِٔينَ عَلَىٰ فُرُشٍۭ بَطَآئِنُهَا مِنْ إِسْتَبْرَقٍ ۚ وَجَنَى ٱلْجَنَّتَيْنِ دَانٍ

Transliteration muttakiīna ʿalā furushin baṭāinuhā min is'tabraqin wajanā l-janatayni dānin

Dhivehi އެ ދެ ސުވަރުގޭގެ أهل ވެރީން އެތާ ދެމިތިބޭނީ ފެތުރިގެންވާ ތަންމަތި ތަކެއްގައެވެ. އެ ތަންމަތި ތަކުގެ އަޑީގައި އޮންނަ ބައިވެސް ވަނީ ހަމަ ސީދާ إستبرق ކިޔާ ވައްތަރު މޮޅު ފަށުވިފޮތީގެ ބޯ ވައްތަރަކުންނެވެ. ދެންފަހެ އެތެރެބައި އެފަދަ ފޭރާމުން ހުންނައިރު އިށީނދެ-އޮށޯވެވޭ ތާނގައި ހުންނާނޭ މޮޅު ރީތި ފޮތީގެ ރީތިކަމާއި، މޮޅުކަމާއި، އޮމާންކަން އަދި ކިހާވަރެއް ވާނޭ ހެއްޔެވެ؟ އެމީހުން އެތަންތާ ތިބޭނީ މަޖާކޮށް، ލެނގިލައިގެން عزّة ގައެވެ. އަދި އެ ދެ ސުވަރުގޭގެ މޭވާތައް ވަނީ ގާތްވެގެންނެވެ. ބޭނުން މީހަކު ބޭނުންވެ، ހިތަށްއެރި ކޮންމެ ވަގުތެއްގައި އުނދަގުލެއް ނެތި އަތްލެވޭ ފަށުގައެވެ.

Verse 55

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 56

فِيهِنَّ قَـٰصِرَٰتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ

Transliteration fīhinna qāṣirātu l-ṭarfi lam yaṭmith'hunna insun qablahum walā jānnun

Dhivehi އަދި ހަމައެކަނި ތިމާމެންގެ ފިރީންނަށް މެނުވީ ނުބަލާ، އަދި ތިމާމެންގެ ފިރީންނާ ދިމާއަށް نظر ހުއްޓައިލައްވައިގެން ތިއްބަވާ حورالعين އަނބީން އެ ދެ ސުވަރުގޭގައި ނުވަތަ އެ ތަންމަތި ތަކުގައި (ފިރީންގެ إنتظار ގައި) ތިއްބަވާނެއެވެ. އެއިން ބޭކަނބަލެއްގެ ގައިގައި އޭގެ ކުރީން އިންސާނެއް، ކީއްކުރަންތޯއެވެ؟ ޖިންނިއަކުވެސް ބީހިލައިފައި ނުވާނެއެވެ. ނުވަތަ އެކަނބަލުންނާ جماع ވެފައި ނުވާނެއެވެ.

Verse 57

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 58

كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ

Transliteration ka-annahunna l-yāqūtu wal-marjānu

Dhivehi އެކަނބަލުން (ރީތިކަމާއި ބަނިޔާދަންކަމުގެ ގޮތުން) ކޮންފަދަ ހެއްޔެވެ؟ އެކަނބަލުން ހީވާނީ ياقوت އާއި، مرجان ހެންނެވެ.

Verse 59

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 60

هَلْ جَزَآءُ ٱلْإِحْسَـٰنِ إِلَّا ٱلْإِحْسَـٰنُ

Transliteration hal jazāu l-iḥ'sāni illā l-iḥ'sānu

Dhivehi ދުނިޔޭގައި ތިބެގެން ކުރި ހެޔޮ عمل ގެ ޖަޒާ (އޭގެ ބަދަލު) آخرة ދުވަހުން ހެޔޮޖަޒާ ކަމުގައި މެނުވީ އެބަ ވޭހެއްޔެވެ؟ އެބަހީ ދުނިޔޭގައި ތިބެގެން ކުރި ހެޔޮ عمل ގެ ދަރުމަޔާއި، ثواب ހެޔޮކަމުގައި މެނުވީ ނުވެއެވެ.

Verse 61

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ.

Verse 62

وَمِن دُونِهِمَا جَنَّتَانِ

Transliteration wamin dūnihimā jannatāni

Dhivehi އަދި އެދެސުވަރުގެފިޔަވައި އެބަހީ ކުރިންސިފަވެގެން އެދިޔަ ދެސުވަރުގެފިޔަވައި އަދި އެހެންސުވަރުގެއެއްވެއެވެ.\nކުރިންބަޔާންވެގެން އެދިޔައީ جَنَّةُ عَدْنُ އެވެކިޔާ ސުވަރުގެޔާއި جَنَّةُ النَّعِيْم އެކިޔާސުވަރުގެޔާއި ދެސުވަރުގެއެވެ. އަދި ދެންމިސިފަކުރެވޭ ދެސުވަރުގެއަކީ جَنَّةُ الفِرْدَوس އާއި جَنَّةُ المَأوَى އާއި ދެސުވަރުގެކަމުގައި ބުނެވިގެންވެއެވެ. = فَتْحُ القَدِيْر =

Verse 63

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 64

مُدْهَآمَّتَانِ

Transliteration mud'hāmmatāni

Dhivehi އެދެސުވަރުގޭގެ ގަސްތައް ތާޒާކަމާއި ފެހިކުލަ ގަދަކަމުން ކަޅުވެގެންވާކަމުގައި ފެނެއެވެ.

Verse 65

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 66

فِيهِمَا عَيْنَانِ نَضَّاخَتَانِ

Transliteration fīhimā ʿaynāni naḍḍākhatāni

Dhivehi އަދި އެދެބަގީޗާގައި (ފެންއަރުވާ ވަޑާންގޮތަށް) ފެންބުރުއްސާ ދެއާރުވެއެވެ. އެއީ ގޮމަކަސްތޫރިޔާއި މާވަހަރާއި ކާފޫރުގެވަސް އެކުލެވިގެންވާ ފެނެއްކަމުގައި ވެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ގަޔަށް އެމީހުން ހިތްފަސޭހަވާވަރަށް އޭގެފެން ވިއްސިވިއްސި ހުންންނަކަމުގައިވެއެވެ.

Verse 67

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 68

فِيهِمَا فَـٰكِهَةٌ وَنَخْلٌ وَرُمَّانٌ

Transliteration fīhimā fākihatun wanakhlun warummānun

Dhivehi އަދި އެދެސުވަރުގޭގައި އެކިބާވަތުގެ މޭވާއާއި ކަދުރު ރުކާއި އަންނާރުވެއެވެ. (ކަދުރާއި އަންނާރަކީ މޭވާގެދެބާވަތްކަމުގައި އެކުވެސް އެދެއެތީގެ ނަން އިތުރަށް ގެނެވިފައިވަނީ އެދެއެތީގެ ފައިދާ އެނިހެން މޭވާތަކަށްވުރެ މާގިނަވެފާ މޮޅުކަމުގައި ވާތީ ކަމުގައި ބުނެވިގެންވެއެވެ. (والله أعلم)

Verse 69

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 70

فِيهِنَّ خَيْرَٰتٌ حِسَانٌ

Transliteration fīhinna khayrātun ḥisānun

Dhivehi އަދި އެސުވަރުގެތަކުގައި ރިވެތިވެގެންވާ އަދި أخْلآقُ ރަނގަޅު މާތް އަންހެނުންވެއެވެ.

Verse 71

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 72

حُورٌ مَّقْصُورَٰتٌ فِى ٱلْخِيَامِ

Transliteration ḥūrun maqṣūrātun fī l-khiyāmi

Dhivehi އެއީ ފޭލިގެތަކުގައި ބެއިތިއްބިފައިވާ ރިވެތި އަދި މާތްވެގެންވާ حُورَ العِيْنُ ބޭކަނބަލުންނެވެ. އެކަނބަލުންނަށް خَاصَّ ވެގެންވާ ފިރިންނަށް ނޫނީ އެކަނބަލުން ބައްލަވައިވެސް ނުލައްވާނެއެވެ.

Verse 73

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 74

لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ

Transliteration lam yaṭmith'hunna insun qablahum walā jānnun

Dhivehi އެކަނބަލުންގެ ގައިކޮޅުގައި އޭގެކުރިން އިންސާނަކު ކީއްކުރަންތޯއެވެ؟ ޖިންނިއަކުވެސް ބީހިލައިފާވެސްނުވެއެވެ.

Verse 75

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 76

مُتَّكِـِٔينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِىٍّ حِسَانٍ

Transliteration muttakiīna ʿalā rafrafin khuḍ'rin waʿabqariyyin ḥisānin

Dhivehi އެސުވަރުގެވަންތަވެރިން އެބައިމީހުންގެ حُورَ العِيْنُ އަނބީންނާއިއެކު އަރާމުގައި ތިއްބަވާނީ ފެހިކުލައިގެ އޮމާން ފަށުވި ބާލީސްތަކުގައި ލެގިލައިގެން މަޚްމަލުގެ ރީތި ދޫލަތަކުގެމަތީގައެވެ.

Verse 77

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

Transliteration fabi-ayyi ālāi rabbikumā tukadhibāni

Dhivehi (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

Verse 78

تَبَـٰرَكَ ٱسْمُ رَبِّكَ ذِى ٱلْجَلَـٰلِ وَٱلْإِكْرَامِ

Transliteration tabāraka us'mu rabbika dhī l-jalāli wal-ik'rāmi

Dhivehi (އޭ مُحمد ގެފާނެވެ.) ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި رَبُّ ގެނަންފުޅު ބަރަކާތްވަންތަކަމާއެވެ!! އެކަލާނގެއީ ކީރިތިކަމާއި މާތްކަމުގެވެރި ކަލާނގެއެވެ.\nދަންނައެވެ. رَبُّ ގެނަންފުޅު އެހާ ބަރަކާތްވަންތަވެ އަދި ހެޔޮކަން ދެމިގެންވާއިރު އެކަލާނގެ ذَاتُ ފުޅުގެ ބަރަކާތްވަންތަކަމާއި ކީރިތިވަންތަކަމާއި އަދި މާތްކަން ކިހާވަރެއްވާނެހެއްޔެވެ؟

Read Surah Ar-Rahman in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.