MyDugsiStart learning

Surah Al-Mu'minun in Dhivehi: translation and audio

Surah 23 · المؤمنون · The Believers · 118 verses

Surah Al-Mu'minun verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Mu'minun word by word in English.

Verse 1

قَدْ أَفْلَحَ ٱلْمُؤْمِنُونَ

Transliteration qad aflaḥa l-mu'minūna

Dhivehi ހަމަކަށަވަރުން مؤمن ން ކާމިޔާބުކޮށްފިއެވެ. ނަސީބުވެރިވެއްޖެއެވެ. އެއީ قيامة ދުވަހުންނެވެ.

Verse 2

ٱلَّذِينَ هُمْ فِى صَلَاتِهِمْ خَـٰشِعُونَ

Transliteration alladhīna hum fī ṣalātihim khāshiʿūna

Dhivehi އެމީހުންނަކީ (އެބަހީ: މިބުނާ ކާމިޔާބު ކުރި مؤمن ންނަކީ) އެމީހުންގެ ނަމާދުގައި ބިރުވެތިވެ މަޑުމޮޅިވާ މީހުންނެވެ.

Verse 3

وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ

Transliteration wa-alladhīna hum ʿani l-laghwi muʿ'riḍūna

Dhivehi އަދި ކަނޑައެޅިގެން އެމީހުންނަކީ ބޭކާރު / ނުވަތަ بَاطِلُ ކަންކަމުން ނުވަތަ ﷲ އެކަލާނގެ خلق ތަކުންނާއިމެދު ރުހިވޮޑި ނުގަންނަވާ ކަންކަމުން ދުރުވެ އެނބުރިފުރަގަސްދޭމީހުންނެވެ.

Verse 4

وَٱلَّذِينَ هُمْ لِلزَّكَوٰةِ فَـٰعِلُونَ

Transliteration wa-alladhīna hum lilzzakati fāʿilūna

Dhivehi އަދި ހަމަ އެމީހުންނަކީ އެމީހުންގެ މުދަލުން ޒަކާތްދޭ މީހުންނެވެ.

Verse 5

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَـٰفِظُونَ

Transliteration wa-alladhīna hum lifurūjihim ḥāfiẓūna

Dhivehi އަދި ހަމަ އެމީހުންނަކީ އެމީހުންގެ ލަދުގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ.

Verse 6

إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَـٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ

Transliteration illā ʿalā azwājihim aw mā malakat aymānuhum fa-innahum ghayru malūmīna

Dhivehi ހަމައެކަނި އެމީހުންގެ އަނބީންނާއި އެމީހުންގެ جَارِيَة އިންނަށް މެނުވީއެވެ. އެފަދަ މީހުންނަކީ މަލާމާތްލިބިގެންވާ މީހުންނެއްނޫނެވެ. އެބަހީ: حلال ގޮތުގައި އަނބިން ނުވަތަ އަޅުއަންހެނުން ބޭނުންކުރުން ހުއްދައެވެ.

Verse 7

فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْعَادُونَ

Transliteration famani ib'taghā warāa dhālika fa-ulāika humu l-ʿādūna

Dhivehi ފަހެ އޭގެ ފަހަތަށް އެދިގެންފިމީހާ (އެބަހީ: ތިމާގެ އަނބީންނަށާއި جَاريَة އިން ނޫން މީހުނަށް ތިމާގެ ލަދުގުނަވަން كشف ކޮށް ހާމަކޮށް ހަދާ އަރާމެއް ލިބިގެންފިމީހުން) ދަންނައެވެ. ފަހެ އެފަދަ މީހުންނަކީ ހައްދުފަހަނަޅައިފި ބައެކެވެ. ﷲ އެމީހުންނަށް ކަނޑައަޅުއްވާދެއްވި އިމުން ނުކުމެގެންވާ މީހުންނެވެ. ކުށްވެރިންނެވެ.

Verse 8

وَٱلَّذِينَ هُمْ لِأَمَـٰنَـٰتِهِمْ وَعَهْدِهِمْ رَٰعُونَ

Transliteration wa-alladhīna hum li-amānātihim waʿahdihim rāʿūna

Dhivehi އަދި އެ مؤمن ންނަކީ އެމީހުންގެ އަމާނާތްތަކަށާއި وعد ތަކަށް ފަރުވާތެރިވެ އެކަންކަން ބަރާބަރަށް އަދާކުރާ މީހުންނެވެ.

Verse 9

وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ

Transliteration wa-alladhīna hum ʿalā ṣalawātihim yuḥāfiẓūna

Dhivehi އަދި ހަމަ އެ مؤمن ންނަކީ އެމީހުންގެ ނަމާދުތަކުގެމައްޗަށް ރައްކާތެރިވާ މީހުންނެވެ. (އެބަހީ: އެމީހުންނަކީ އެމީހުންގެ فرض ނަމާދުތައް ބަރާބަރަށް ވަގުތުން ވަގުތަށް އެންގެވިފަދައަކުން އަދާކުރާ މީހުންނެވެ.)

Verse 10

أُو۟لَـٰٓئِكَ هُمُ ٱلْوَٰرِثُونَ

Transliteration ulāika humu l-wārithūna

Dhivehi އެމީހުންނަކީ ވާރުތަކުރާނެ މީހުންނެވެ.

Verse 11

ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَـٰلِدُونَ

Transliteration alladhīna yarithūna l-fir'dawsa hum fīhā khālidūna

Dhivehi އެމީހުންނަކީ فِرْدَوْسُ އެވެ ކިޔުނު ސުވަރުގެ ވާރުތަކުރާނެ މީހުންނެވެ. އަދި އެމީހުންނަކީ އެތާގައި ދެމިތިބޭނޭ މީހުންނެވެ.

Verse 12

وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن سُلَـٰلَةٍ مِّن طِينٍ

Transliteration walaqad khalaqnā l-insāna min sulālatin min ṭīnin

Dhivehi ހަމަކަށަވަރުން މަށީގެ ސާފު ފެންފޮދަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (މިއާޔަތުގައި މިނަންގަނެވިގެންވާ އިންސާނާއަކީ آدم عليه السّلام އެވެ. والله أعلم)

Verse 13

ثُمَّ جَعَلْنَـٰهُ نُطْفَةً فِى قَرَارٍ مَّكِينٍ

Transliteration thumma jaʿalnāhu nuṭ'fatan fī qarārin makīnin

Dhivehi ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނުންގެ ދަރިފަސްކޮޅު نُطْفَة އަކުން يعني: މަނިފޮދުވަރަކުން ލެއްވީމެވެ. އެ نطفة ދެން ރައްކާތެރިތަނެއްގައި قرار ކުރެއްވީމެވެ. (އެއީ އަންހެނާގެ رَحِم އެވެ.)

Verse 14

ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَـٰمًا فَكَسَوْنَا ٱلْعِظَـٰمَ لَحْمًا ثُمَّ أَنشَأْنَـٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَـٰلِقِينَ

Transliteration thumma khalaqnā l-nuṭ'fata ʿalaqatan fakhalaqnā l-ʿalaqata muḍ'ghatan fakhalaqnā l-muḍ'ghata ʿiẓāman fakasawnā l-ʿiẓāma laḥman thumma anshanāhu khalqan ākhara fatabāraka l-lahu aḥsanu l-khāliqīna

Dhivehi ދެން ތިމަންރަސްކަލާނގެ އެމަނިފޮދު ގަނޑުލެއިކޮޅަކަށް ހެއްދެވީމެވެ. ދެން އެގަނޑު ލެއިކޮޅު ތިމަންރަސްކަލާނގެ މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެމަސްކޮޅު ތިމަންރަސްކަލާނގެ ކަށިކޮޅަކަށް ހެއްދެވީމެވެ. ދެން އެކަށިކޮޅުގައި ތިމަންރަސްކަލާނގެ މަސްލެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެއިންސާނާ އެހެން ހެއްދެވުމަކުން ހެއްދެވީމެވެ. (އެއީ އޭނާގެ ފުރާނައެޅުއްވުމާ حِسُّ ތައް ބަރާބަރުކުރެއްވުމާ ދެންވެސް ހުރި ކަންކަމެވެ. والله أعلم) ފަހެ ﷲ ގެ ބަރަކާތްވަންތަކަމުގެ ބޮޑުކަމާއެވެ! އެކަލާނގެއީ އެންމެ ރަނގަޅަށް އެންމެ ރީތިކޮށް އަދި އެންމެ ފުރިހަމަކޮށް ހައްދަވާ ކަލާނގެއެވެ. އެކަލާނގެ بركاة ވަންތަކަމާއެވެ!

Verse 15

ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ

Transliteration thumma innakum baʿda dhālika lamayyitūna

Dhivehi (އޭ އިންސާނުންނޭވެ!) ދެން ހަމަކަށަވަރުން ކަލޭމެން އޭގެފަހުގައި (އެބަހީ: ހައްދަވައި ދުނިޔޭގައި އުޅުމަށްފަހު) ކަނޑައެޅިގެން مَيّت ންކަމުގައިވާނެއެވެ. މަރުވާނެއެވެ.

Verse 16

ثُمَّ إِنَّكُمْ يَوْمَ ٱلْقِيَـٰمَةِ تُبْعَثُونَ

Transliteration thumma innakum yawma l-qiyāmati tub'ʿathūna

Dhivehi ދެން ހަމަކަށަވަރުން ކަލޭމެން (މަރުވުމަށްފަހު) قيامة ދުވަހުން (އަލުން ދިރިގެން محشر އަށް) ފޮނުވޭހުއްޓެވެ. (އެއީ ކަށަވަރުކަމެކެވެ.)

Verse 17

وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَآئِقَ وَمَا كُنَّا عَنِ ٱلْخَلْقِ غَـٰفِلِينَ

Transliteration walaqad khalaqnā fawqakum sabʿa ṭarāiqa wamā kunnā ʿani l-khalqi ghāfilīna

Dhivehi އަދި ހަމަކަށަވަރުން ކަލޭމެންގެ މަތީގައި މަތިމައްޗަށް ހަތްއުޑު ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އަދި خَلْقُ ތަކުން ފިޔަވައި غَافِلُ ވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ.

Verse 18

وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍ فَأَسْكَنَّـٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍۭ بِهِۦ لَقَـٰدِرُونَ

Transliteration wa-anzalnā mina l-samāi māan biqadarin fa-askannāhu fī l-arḍi wa-innā ʿalā dhahābin bihi laqādirūna

Dhivehi އަދި ވަކިމިންވަރަކަށް ތިމަންރަސްކަލާނގެ އުޑުން ފެންވެއްސަވަމުއެވެ. ދެން ތިމަންރަސްކަލާނގެ އެފެން ބިމުގައި ހިފަހައްޓަވައި خَزانَه ކުރައްވަމެވެ. އަދި އެފެން ބިމުން ގެންދަވައި ނެތިކުރެއްވުމަށްވެސް ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

Verse 19

فَأَنشَأْنَا لَكُم بِهِۦ جَنَّـٰتٍ مِّن نَّخِيلٍ وَأَعْنَـٰبٍ لَّكُمْ فِيهَا فَوَٰكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ

Transliteration fa-anshanā lakum bihi jannātin min nakhīlin wa-aʿnābin lakum fīhā fawākihu kathīratun wamin'hā takulūna

Dhivehi އަދި އެފެނުން ތިމަންރަސްކަލާނގެ ކަލޭމެނަށްޓަކައި ކަދުރާއި މޭބިސްކަދުރުގެ ބަގީޗާތައް އުފެއްދެވީމެވެ. އަދި ކަލޭމެންނަށް އެބަގީޗާތަކުގައި ގިނަގުނަ މޭވާތައްވެއެވެ. އަދި ކަލޭމެން އެތަކެތިކައި ހަދަމުއެވެ.

Verse 20

وَشَجَرَةً تَخْرُجُ مِن طُورِ سَيْنَآءَ تَنۢبُتُ بِٱلدُّهْنِ وَصِبْغٍ لِّلْـَٔاكِلِينَ

Transliteration washajaratan takhruju min ṭūri saynāa tanbutu bil-duh'ni waṣib'ghin lil'ākilīna

Dhivehi އަދި އެހެން ގަހެއް ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އެގަސް ނުކުންނަނީ طُوْرسِيْنَا އެވެ ކިޔޭ ފަރުބަދައިންނެވެ. އެގަހުން ތެޔޮނުކުމެއެވެ. ނުވަތަ ތެޔޮ ނެރެވެއެވެ. އަދި ކައިހަދާ މީހުންނަށްވާ ލައިގެންކާއެއްޗެއްކަމުގައި އޭތިވެއެވެ. (އެގަހަކީ زَيْتُون ގަސްކަމުގައިވެއެވެ. والله أعلم)

Verse 21

وَإِنَّ لَكُمْ فِى ٱلْأَنْعَـٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهَا وَلَكُمْ فِيهَا مَنَـٰفِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ

Transliteration wa-inna lakum fī l-anʿāmi laʿib'ratan nus'qīkum mimmā fī buṭūnihā walakum fīhā manāfiʿu kathīratun wamin'hā takulūna

Dhivehi އަދި نَعَم ސޫފީގައި ކަލޭމެންނަށް عبرة ވާކަންކަށަވަރެވެ. (އެބަހީ: އެތަކެތީގައި ވިސްނާ فكر ކޮށް عبرة حاصل ކުރާ މީހަކަށް ﷲ ގެ نعمة އާއި އެކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަން ދެނެގަންނާނެ عبرة އާއި دليل ވެއެވެ.) އަދި އެތަކެތީގެ ބަނޑުގައިވާތަކެތީގެތެރެއިން ކަލޭމެނަށް ބޯންދެއްވަމެވެ. (ކިރުބޯންދެއްވަމެވެ.) އަދި އެތަކެތީގައި ކަލޭމެނަށްވާ ގިނަގުނަ مَنْفَعَ ތައް ވެއެވެ. އަދި އެތަކެތީން ކަލޭމެން ކައިހަދަމުއެވެ. އޭގެ މަހާއި ސަރުބީ ކައިހަދަމުއެވެ.

Verse 22

وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ

Transliteration waʿalayhā waʿalā l-ful'ki tuḥ'malūna

Dhivehi އަދި އެ نَعَم ސޫފީގެމަތީގައި އަދި މޫދުގައި ދުއްވާ އުޅަނދުފަހަރުގައި ކަލޭމެން އެއްތަނުން އަނެއްތަކަށް ގޮސްވަމުއެވެ. ދަތުރުފަތުރު ކުރަމެވެ. ތަކެތި އުފުލާ ހަދަމުއެވެ. އެއީ ހައްތާވެސް مَنْفَعَ އެވެ.

Verse 23

وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ

Transliteration walaqad arsalnā nūḥan ilā qawmihi faqāla yāqawmi uʿ'budū l-laha mā lakum min ilāhin ghayruhu afalā tattaqūna

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ نُوح عليه السّلام އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެކަލާނގެ ފިޔަވައި حقّ އެހެންއެއްވެސް إله އެއް ކަލޭމެނަށް ނުވެއެވެ. ކަލޭމެން ފަހެ تقوى ވެރިނުވާނެހެއްޔެވެ؟ ބިރުވެތިނުވާނެހެއްޔެވެ؟

Verse 24

فَقَالَ ٱلْمَلَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا هَـٰذَآ إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَآءَ ٱللَّهُ لَأَنزَلَ مَلَـٰٓئِكَةً مَّا سَمِعْنَا بِهَـٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ

Transliteration faqāla l-mala-u alladhīna kafarū min qawmihi mā hādhā illā basharun mith'lukum yurīdu an yatafaḍḍala ʿalaykum walaw shāa l-lahu la-anzala malāikatan mā samiʿ'nā bihādhā fī ābāinā l-awalīna

Dhivehi ފަހެ އެކަލޭގެފާނުންގެ قوم ގެ ބޮޑުން (އެމީހުން އެމީހުންނަށް) ބުނެއެވެ. މިއީ ހަމަ ކަލޭމެންކަހަލަ آدم ގެ ދަރިއެކެވެ. އެކަލޭގެފާނު އެއެދިވަޑައިގަންނަވަނީ ކަލޭމެންގެ މައްޗަށް އެކަލޭގެފާނު މާތްވެގަންނާށެވެ. އަދި (رسول ބޭކަލަކު ފޮނުއްވުމަށް) ﷲ އެދިވޮޑިގެންނެވިނަމަ ހަމަކަށަވަރުން މަލާއިކަތްބޭކަލަކު ފޮނުއްވައިފީހެވެ. އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންގެ ކިބައިންވެސް އަހުރެމެން މިފަދަ ވާހަކައެއް ނާހަމެވެ. (އެބަހީ: ﷲ ނޫން إله އަކު ނުވެޔޭ ބުނާއަޑެއް ނާހަމެވެ.)

Verse 25

إِنْ هُوَ إِلَّا رَجُلٌۢ بِهِۦ جِنَّةٌ فَتَرَبَّصُوا۟ بِهِۦ حَتَّىٰ حِينٍ

Transliteration in huwa illā rajulun bihi jinnatun fatarabbaṣū bihi ḥattā ḥīnin

Dhivehi ހަމަކަށަވަރުން އެކަލޭގެފާނަކީ އެކަލޭގެފާނުންގެ ކިބައިގައި ޖިންނިބަލި ނުވަތަ މޮޔަކަން ހުރި މީހަކުކަމުގައި މެނުވީ ނުވެއެވެ. ފަހެ ކަލޭމެން ދުވަސްކޮޅަކަށް އެކަލޭގެފާނުންގެ ކަންތަކާމެދު إنتظار ކުރާށެވެ! ވާގޮތެއް ބަލާށެވެ!

Verse 26

قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ

Transliteration qāla rabbi unṣur'nī bimā kadhabūni

Dhivehi އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! އެބައިމީހުން (يعني: މިއަޅާގެ قوم ގެމީހުން) މިއަޅާ ދޮގުކުރާ ކަންކަމުގައި މިއަޅާއަށް نصر ދެއްވާންދޭވެ!

Verse 27

فَأَوْحَيْنَآ إِلَيْهِ أَنِ ٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ ۙ فَٱسْلُكْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ مِنْهُمْ ۖ وَلَا تُخَـٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ ۖ إِنَّهُم مُّغْرَقُونَ

Transliteration fa-awḥaynā ilayhi ani iṣ'naʿi l-ful'ka bi-aʿyuninā wawaḥyinā fa-idhā jāa amrunā wafāra l-tanūru fa-us'luk fīhā min kullin zawjayni ith'nayni wa-ahlaka illā man sabaqa ʿalayhi l-qawlu min'hum walā tukhāṭib'nī fī alladhīna ẓalamū innahum mugh'raqūna

Dhivehi ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބެއްލެވުމާއި ތިމަންރަސްކަލާނގެ وحي އާއިއެކު ކަލޭގެފާނު ނައުކޮޅު ހައްދަވާށެވެ! އަދި ތިމަންރަސްކަލާނގެ أمر ފުޅުއައިސް (އެބަހީ: قوم ގެ ކާފަރުންގެ ހަލާކުގެ أمر ފުޅު އަތުވެއްޖެއްޔާއި - އަދި އުނދުންތަކުން ފެންއަރަން ފަށައިފިއްޔާ ދެން ކަލޭގެފާނު އެނާކޮޅަށް ކޮންމެ ވައްތަރަކުންވެސް ޖޯޑަކުން ޖޯޑަކުން ލައްވާށެވެ! އަދި ކަލޭގެފާނުންގެ أهل ވެރިންކުރެ އެމީހެއްގެމައްޗަށް (ހަލާކުވުމުގެ) ބަސްފުޅު އިސްވެގޮސްފައިވާ މީހުން ފިޔަވައި ކަލޭގެފާނުންގެ أهل ވެރިންވެސް އެނާކޮޅަށް ލައްވާށެވެ! (އަދި ކަލޭގެފާނުވެސް އަރާވަޑައިގަންނަވާށެވެ!) އަދި އަނިޔާވެރިންނާއިމެދު (އެބަހީ: އެމީހުންގެ حال އާއިމެދު) ތިމަންރަސްކަލާނގެއަށް އެއްޗެއް ނުދަންނަވާށެވެ! ހަމަކަށަވަރުން އެމީހުން އެއީ غرق ވެގެންވާ ބައެކެވެ.

Verse 28

فَإِذَا ٱسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى ٱلْفُلْكِ فَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى نَجَّىٰنَا مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ

Transliteration fa-idhā is'tawayta anta waman maʿaka ʿalā l-ful'ki faquli l-ḥamdu lillahi alladhī najjānā mina l-qawmi l-ẓālimīna

Dhivehi ދެންފަހެ ކަލޭގެފާނާއި އަދި ކަލޭގެފާނާއިއެކު (إيمان ވެގެންވާ) މީސްތަކުން އެނާކޮޅަށް އަރާ ހަމަޖެހިވަޑައިގެންފިއްޔާ ދެން ކަލޭގެފާނު ވިދާޅުވާށެވެ! އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އަޅަމެން އަނިޔާވެރި قوم ގެފަރާތުން ސަލާމަތްކުރެއްވި ކަލާނގެއެވެ.

Verse 29

وَقُل رَّبِّ أَنزِلْنِى مُنزَلًا مُّبَارَكًا وَأَنتَ خَيْرُ ٱلْمُنزِلِينَ

Transliteration waqul rabbi anzil'nī munzalan mubārakan wa-anta khayru l-munzilīna

Dhivehi އަދި ކަލޭގެފާނު ވިދާޅުވާށެވެ. އޭއަޅުގެ ربّ އެވެ. بركاة ތެރިވެގެންވާ ތަނަކަށް މިއަޅާ ބާލުއްވާދެއްވާންދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އެންމެ ހެޔޮގޮތުގައި ބައިލުއްވާ ކަލާނގެއެވެ.

Verse 30

إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ وَإِن كُنَّا لَمُبْتَلِينَ

Transliteration inna fī dhālika laāyātin wa-in kunnā lamub'talīna

Dhivehi (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: نوح عليه السّلام ގެ قوم ގެ ކާފަރުން ހަލާކުކުރައްވައި غرق ކުރެއްވުމުގައި ކަލޭގެފާނުންގެ قوم ގެ مشرك ންނަށް) ކަނޑައެޅި ބަޔާންވެގެންވާ عبرة އާއި دليل ވެއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވޮޑިގެންވަނީ މިމީހުން إمتحان ކުރައްވައި خبر ބައްލަވާ ކަލަކުކަމުގައެވެ.

Verse 31

ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قَرْنًا ءَاخَرِينَ

Transliteration thumma anshanā min baʿdihim qarnan ākharīna

Dhivehi ދެން ތިމަންރަސްކަލާނގެ އެމީހުންގެފަހުން އެހެން أمّة އެއް އުފެއްދެވީމެވެ.

Verse 32

فَأَرْسَلْنَا فِيهِمْ رَسُولًا مِّنْهُمْ أَنِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ

Transliteration fa-arsalnā fīhim rasūlan min'hum ani uʿ'budū l-laha mā lakum min ilāhin ghayruhu afalā tattaqūna

Dhivehi އަދި އެމީހުންގެ ތެރެއިން މީހަކު އެމީހުންގެތެރެއަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. (އެއީ އެބޭކަލަކު އެމީހުންނަށް ވިދާޅުވުމަށެވެ.) އޭ قوم ގެ މީހުންނޭވެ. ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އެއްވެސް إله އަކު ކަލޭމެންނަކަށް ނުވެއެވެ. (حقّ إله އަކު ނުވެއެވެ.) ކަލޭމެން ފަހެ تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟

Verse 33

وَقَالَ ٱلْمَلَأُ مِن قَوْمِهِ ٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِلِقَآءِ ٱلْـَٔاخِرَةِ وَأَتْرَفْنَـٰهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا مَا هَـٰذَآ إِلَّا بَشَرٌ مِّثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ

Transliteration waqāla l-mala-u min qawmihi alladhīna kafarū wakadhabū biliqāi l-ākhirati wa-atrafnāhum fī l-ḥayati l-dun'yā mā hādhā illā basharun mith'lukum yakulu mimmā takulūna min'hu wayashrabu mimmā tashrabūna

Dhivehi އަދި އެކަލޭގެފާނުންގެ قوم ގެ آخرة އާއި ބައްދަލުވުން ދޮގުކުރި އަދި ކާފަރުވީ ބޮޑެތި ސަރުދާރުން ބުންޏެވެ. އަދި އެމީހުންނަކީ ދުނިޔޭގެ حياة ގައި އެމީހުންނަށް ގިނަގުނަ نعمة ތައްދެއްވި މީހުންނެވެ. އެމީހުން ބުންޏެވެ. މިބޭކަލަކީ (އެބަހީ: رسول ކަމާއިގެން ފޮނުއްވިއޭ ކިޔައިގެން މިއުޅޭމީހަކީ) ހަމަކަލޭމެންކަހަލަ آدم ގެދަރިއަކު ކަމުގައި މެނުވީ ނުވެއެވެ. އެކަލޭގެފާނު އެ ކަނީވެސް އެއެއްޗެއް ކަލޭމެންވެސް ހަމަކައިހަދާ ތަކެއްޗެވެ. އަދި ބޮނީވެސް ހަމަ ކަލޭމެން ބޯބާވަތުގެ ތަކެއްޗެވެ. (މިއީ ވަކިއާ މީހެއްނޫނެވެ.)

Verse 34

وَلَئِنْ أَطَعْتُم بَشَرًا مِّثْلَكُمْ إِنَّكُمْ إِذًا لَّخَـٰسِرُونَ

Transliteration wala-in aṭaʿtum basharan mith'lakum innakum idhan lakhāsirūna

Dhivehi އަދި ކަލޭމެންކަހަލަ آدم ގެ ދަރިޔަކަށް ކަލޭމެން ކިޔަމަންވެއްޖެއްޔާއި އޭރުން ކަލޭމެންނަކީ ކަށަވަރުންވެސް ގެއްލި ހަލާކުވެއްޖެ ބައެކެވެ.

Verse 35

أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًا وَعِظَـٰمًا أَنَّكُم مُّخْرَجُونَ

Transliteration ayaʿidukum annakum idhā mittum wakuntum turāban waʿiẓāman annakum mukh'rajūna

Dhivehi ހަމަކަށަވަރުން ކަލޭމެން މަރުވެ ވެއްޔަށްވެ ކަށިތައްވެސް ފީވެދިއުމަށްފަހު ކަލޭމެން (އަލުން ދިރިގެން) ނެރެވޭނޭކަމަށް އެކަލޭގެފާނު ކަލޭމެނަށް وعد ކުރަނީހެއްޔެވެ؟

Verse 36

۞ هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ

Transliteration hayhāta hayhāta limā tūʿadūna

Dhivehi ކަލޭމެންނަށް وعد ވެވޭ ކަންތަކުގެ ހުރި ދުރުކަމާއެވެ. ދުރުކަމާއެވެ.

Verse 37

إِنْ هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ

Transliteration in hiya illā ḥayātunā l-dun'yā namūtu wanaḥyā wamā naḥnu bimabʿūthīna

Dhivehi އަހުރެމެން މިއުޅޭ ދުނިޔޭގެ حياة މެނުވީ އެހެން حياة އެއް ނުވެއެވެ. އެ حياة ގެތެރޭގައި އެއްބަޔަކު މަރުވެ އަނެއްބަޔަކު ދިރެނީއެވެ. (އެއީ އެގޮތަށް ހަމަޖެހިފައިވާ ކަމެކެވެ.) އަދި އަހުރެމެންނަކީ އަލުން ދިރިގެން ފޮނުވޭނެ ބަޔަކު ކަމުގައި ނުވެއެވެ. (މިއީ އެ قوم ގައި ތިބި ކާފަރުންގެ މަތީމީހުން ދެރަނިކަމެތިންނަށް ވިސްނައިދޭ ވިސްނައިދިނުމެވެ. ކޮންމެ ޒަމާނެއްގައި އަދި ކޮންމެތާކުވެސް سَمَاوِي هِدَايَة އާއި ދުރުބަޔަކު ކަމުގައި ފެންނަނީ އެތަނެއްގައި ތިބޭ ކަމުވޮށިވެގެންވާ މަތީމީހުންނެވެ. ބަސްވިކޭ މީހުންނެވެ. އާދައިގެ ދެރަމީހުންމަގުން ނެއްޓިގެން ދިއުމުގެ އެންމެބޮޑު ސަބަބަކީ މިމަތީ މީހުންގެ ވާހަކަތަކާއި އެމީހުންގެ عمل ތަކާއި ފިއްތުންތަކެވެ.

Verse 38

إِنْ هُوَ إِلَّا رَجُلٌ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا وَمَا نَحْنُ لَهُۥ بِمُؤْمِنِينَ

Transliteration in huwa illā rajulun if'tarā ʿalā l-lahi kadhiban wamā naḥnu lahu bimu'minīna

Dhivehi (އަދި އެމީހުން ބުންޏެވެ.) އޭނާޔަކީ ﷲ ގެމައްޗަށް ދޮގެއް އަމިއްލައަށް ހަދައިގެންއުޅޭ މީހަކުކަމުގައި މެނުވީ ނުވެއެވެ. އަދި އަހުރެމެންނަކީ އެކަލޭގެފާނަށް އީމާންވެގެންވާ ބަޔަކު ކަމުގައި ނުވެއެވެ. (އަހުރެމެން އެކަލޭގެފާނަށް އީމާންނުވާނަމެވެ.)

Verse 39

قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ

Transliteration qāla rabbi unṣur'nī bimā kadhabūni

Dhivehi އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ. އެމީހުން ދޮގުކުރިކަމުގެ ސަބަބުން މިއަޅާއަށް نصر ދެއްވާންދޭވެ.

Verse 40

قَالَ عَمَّا قَلِيلٍ لَّيُصْبِحُنَّ نَـٰدِمِينَ

Transliteration qāla ʿammā qalīlin layuṣ'biḥunna nādimīna

Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. ކުޑަދުވަސްކޮޅެއްގެތެރޭގައި ހިތާމަކުރާ ބަޔަކުކަމުގައި އެމީހުން ވެދާނެއެވެ.

Verse 41

فَأَخَذَتْهُمُ ٱلصَّيْحَةُ بِٱلْحَقِّ فَجَعَلْنَـٰهُمْ غُثَآءً ۚ فَبُعْدًا لِّلْقَوْمِ ٱلظَّـٰلِمِينَ

Transliteration fa-akhadhathumu l-ṣayḥatu bil-ḥaqi fajaʿalnāhum ghuthāan fabuʿ'dan lil'qawmi l-ẓālimīna

Dhivehi ފަހެ އެމީހުން ކާފަރުވުމުގެ ސަބަބުން އެމީހުންނަށް حقّ ގޮތުގައި އަޑުފަށް އައިސް އެމީހުން ހަލާކުވެދިޔައީއެވެ. ފަހެ ފެންމަތީގައި އޮޔާދާ ކުނިކޮޅުތަކެއްފަދައިން ތިމަންރަސްކަލާނގެ އެމީހުން ހަދައިލައިފީމެވެ. ފަހެ އަނިޔާވެރިންނަށް ﷲ ގެ رحمة ގެ ހުރި ދުރުކަމާއެވެ. (މިމީހުންނަކީ މިއީ صالح عليه السّلام ގެ قوم ކަމުގައިވެއެވެ.)

Verse 42

ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قُرُونًا ءَاخَرِينَ

Transliteration thumma anshanā min baʿdihim qurūnan ākharīna

Dhivehi އެމީހުންގެފަހުން ދެން ތިމަންރަސްކަލާނގެ އެހެން أمّة ތަކެއް އުފެއްދެވީމެވެ.

Verse 43

مَا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ

Transliteration mā tasbiqu min ummatin ajalahā wamā yastakhirūna

Dhivehi އަދި އެއްވެސް أمّة އެއް އެ أمّة އަކަށް ކަނޑައެޅިފައިވާ އަޖަލު ހަމަނުވަނީސް ހަލާކު ނުވެއެވެ. އަދި އެ أمّة އެއް ހަލާކުވުމަށް ކަނޑައެޅިފައިވާ އަޖަލަށްވުރެ ފަސް ނުވެއެވެ. (އެބަހީ: ކޮންމެ أمّة އެއްވެސް ހަލާކުވަނީ އެ أمّة އެއް ހަލާކުވުމަށް ކަނޑައެޅިފައިވާ ވަގުތު އައުމުންނެވެ. އިސްނުވެއެވެ. ފަސްނުވެއެވެ.)

Verse 44

ثُمَّ أَرْسَلْنَا رُسُلَنَا تَتْرَا ۖ كُلَّ مَا جَآءَ أُمَّةً رَّسُولُهَا كَذَّبُوهُ ۚ فَأَتْبَعْنَا بَعْضَهُم بَعْضًا وَجَعَلْنَـٰهُمْ أَحَادِيثَ ۚ فَبُعْدًا لِّقَوْمٍ لَّا يُؤْمِنُونَ

Transliteration thumma arsalnā rusulanā tatrā kulla mā jāa ummatan rasūluhā kadhabūhu fa-atbaʿnā baʿḍahum baʿḍan wajaʿalnāhum aḥādītha fabuʿ'dan liqawmin lā yu'minūna

Dhivehi ދެން ވިދިވިދިގެން އެއް رسول އަކަށްފަހު އަނެއް رسول އަކު ވަޑައިގަންނަވާ ގޮތަށް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީމެވެ. ކޮންމެ أمّة އަކަށްވެސް އެ أمّة އެއްގެ رسول އަކު ވަޑައިގަތުމުން އެ أمّة އެއްގެމީހުން އެބޭކަލަކު ދޮގުކުރެއެވެ. ދެން ތިމަންރަސްކަލާނގެ އޭގެ އެއްބަޔަކު އަނެއްބަޔަކާ تبع ކުރެއްވީމެވެ. (އެބަހީ: އެއްބަޔަކު ހަލާކުކުރެއްވުމަށް ފަހު އަނެއްބަޔަކު ހަލާކުކުރެއްވީމެވެ.) އަދި ދެކެވޭ ވާހަކަތަކެއް ކަމުގައި ތިމަންރަސްކަލާނގެ އެމީހުން ލެއްވީމެވެ. އަދި إيمان ނުވާ ބަޔަކަށް ދުރުވެގެންވެއެވެ. (އެބަހީ: އީމާންނުވާ ބަޔަކަށް ﷲ ގެ رحمة ދުރުވެގެންވެއެވެ.)

Verse 45

ثُمَّ أَرْسَلْنَا مُوسَىٰ وَأَخَاهُ هَـٰرُونَ بِـَٔايَـٰتِنَا وَسُلْطَـٰنٍ مُّبِينٍ

Transliteration thumma arsalnā mūsā wa-akhāhu hārūna biāyātinā wasul'ṭānin mubīnin

Dhivehi ދެން ތިމަންރަސްކަލާނގެ موسى عليه السّلام އާއި އެކަލޭގެފާނުންގެ أخ هارون عليه السّلام - ތިމަންރަސްކަލާނގެ އާޔަތްތަކާއި حجّة ތަކާއިއެކު رسول ކަމާއިގެން ފޮނުއްވީމެވެ.

Verse 46

إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا عَالِينَ

Transliteration ilā fir'ʿawna wamala-ihi fa-is'takbarū wakānū qawman ʿālīna

Dhivehi އެއީ فرعون އާއި އޭނާގެ قوم ގެ ބޮޑުންގެ ގާތަށެވެ. ދެންފަހެ އެމީހުން ބޮޑާވެ ކިބުރުވެރިވެއްޖެއެވެ. އަދި އެމީހުންވީ (އަނިޔާވެރިކަމާއި ބޮޑާކަމުގައި) މާމަތީ ބަޔަކުކަމުގައެވެ.

Verse 47

فَقَالُوٓا۟ أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَـٰبِدُونَ

Transliteration faqālū anu'minu libasharayni mith'linā waqawmuhumā lanā ʿābidūna

Dhivehi އެމީހުން ބުންޏެވެ. އަހުރެމެންކަހަލަ ދެ آدم ގެދަރިންނަށް އަހުރެމެން إيمان ވާނޭހެއްޔެވެ؟ (އެބަހީ: އެދެމީހުންނަށް އަހުރެމެން إيمان ނުވާނަމެވެ.) އަދި އެދެމީހުންގެ قوم އެބަހީ: بني إسرائيل - ނިކަމެތިވެ ކިޔަމަންތެރިވެގެންވަނީ އަހުރެމެންނަށެވެ.

Verse 48

فَكَذَّبُوهُمَا فَكَانُوا۟ مِنَ ٱلْمُهْلَكِينَ

Transliteration fakadhabūhumā fakānū mina l-muh'lakīna

Dhivehi ފަހެ އެމީހުން އެދެބޭކަލުން ދޮގުކޮށްފިއެވެ. އަދި އެމީހުންވީ ހަލާކުވެވުނު މީހުންގެތެރެއިންނެވެ.

Verse 49

وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ لَعَلَّهُمْ يَهْتَدُونَ

Transliteration walaqad ātaynā mūsā l-kitāba laʿallahum yahtadūna

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى عليه السّلام އަށް توراة ދެއްވީމެވެ. އެއީ އެބައިމީހުންނަށް އެބަހީ: بني إسرائيل އަށް ތެދުމަގު ލިބުމުގެ أمّيد ގައެވެ. ތެދުމަގު ލިބޭތޯއެވެ!

Verse 50

وَجَعَلْنَا ٱبْنَ مَرْيَمَ وَأُمَّهُۥٓ ءَايَةً وَءَاوَيْنَـٰهُمَآ إِلَىٰ رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ

Transliteration wajaʿalnā ib'na maryama wa-ummahu āyatan waāwaynāhumā ilā rabwatin dhāti qarārin wamaʿīnin

Dhivehi އަދި مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام އާއި އެކަލޭގެފާނުންގެ މަންމާފުޅު ތިމަންރަސްކަލާނގެ ލެއްވީ ދަލީލެއްކަމުގައެވެ. (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ މައްޗަށްވާ دليل އެއްކަމުގައެވެ. ބަފަޔަކު ނެތިވެސް ދަރިން އުފެއްދެވުމަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަމުގެ ދަލީލަކަށެވެ. އަދި މަރުވެފައިވާ މީހުން ދިރުއްވުމަކީ ތިމަންރަސްކަލާނގެއަށް އެއްވެސް ދަތިކަމެއްނޫންކަން ދެނެގަތުމަށްޓަކައެވެ.) އަދި އެދެމައިކަނބަލުން (مريم ގެފާނާ عيسى عليه السّلام) މޭވާޔާ މީރުފެން ހުރި އުސްތަނަކަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. (އެތަނަކީ فلسطين ގެ الرّملة ކަމަށާއި އަދި دِمِشْق ކަމަށާއި އަދި بيت المقدس ކަމަށާއި މިގޮތްގޮތަށް تفسير علم ވެރިންގެ މެދުގައި ވާހަކަ ދެކެވިފައިވެއެވެ. والله أعلم)

Verse 51

يَـٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَـٰتِ وَٱعْمَلُوا۟ صَـٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ

Transliteration yāayyuhā l-rusulu kulū mina l-ṭayibāti wa-iʿ'malū ṣāliḥan innī bimā taʿmalūna ʿalīmun

Dhivehi އޭ رسول ބޭކަލުންނޭވެ! حلال ރަނގަޅުތަކެތި ފަރީކުޅުއްވާށެވެ! އަދި صالح عمل ކުރައްވާށެވެ! ހަމަކަށަވަރުން ތިޔަބޭކަލުން ކުރައްވާ ކަންތައްތައް ދެނެވޮޑިގެންވާކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވެއެވެ. (އެކަންކަމަށް ފުރިހަމަ أجور ލިބިވަޑައިގަންނަވާހުއްޓެވެ.)

Verse 52

وَإِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱتَّقُونِ

Transliteration wa-inna hādhihi ummatukum ummatan wāḥidatan wa-anā rabbukum fa-ittaqūni

Dhivehi އަދި (مُحَمَّد ގެފާނުންގެ އުއްމަތުގެމީހުންނޭވެ!) ހަމަކަށަވަރުން ކަލޭމެންގެ މި دين އަކީ އެއް دين އެކެވެ. އަދި ތިމަންރަސްކަލާނގެއީ ކަލޭމެންގެ ربّ އެވެ. ފަހެ އެހެންވެ ކަލޭމެން ތިމަންރަސްކަލާނގެއަށް އެކަނި ބިރުވެތިވާށެވެ! • ދަންނައެވެ. މިއާޔަތުން މި مخاطب ވަނީ އެންމެހައި نبي ބޭކަލުންނަށް ކަމުގައިވެއެވެ. އެއީ ކުރީގެ އާޔަތުގެ سِيَاق އަންނަގޮތުންނެވެ. އަދި ފަހުގެ އާޔަތްވެސް އެގޮތަށް دليل ކުރެއެވެ. (އާޔަތުގައި نبي ބޭކަލުންނަށް مخاطب އޮތްނަމަވެސް حُكُم އެންމެހައި އިންސާނުންނަށް ޢާއްމުވެގެންވެއެވެ.) والله أعلم.

Verse 53

فَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ زُبُرًا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ

Transliteration fataqaṭṭaʿū amrahum baynahum zuburan kullu ḥiz'bin bimā ladayhim fariḥūna

Dhivehi ދެންފަހެ އެމީހުންގެމެދުގައި (އެބަހީ އިސްވެދިޔަ أمّة ތަކުގެ މެދުގައި) އެމީހުންގެ دين ގެ ކަންތައްތައް ބައިބައިކޮށް ވަކިވަކިކޮށް ފޮތްތަކަކަށް ހަދައިލައިފިއެވެ. އަދި ކޮންމެ ބަޔަކުވެސް އެބައިމީހުންގެ އަތުގައިވާ އެއްޗާއިގެން (ފޮތުގެ ތެރެއިން ލިބުނު އެއްޗާއިގެން) އެމީހުން އުފާކުރަނީއެވެ. (މިއިން ކޮންމެ ބަޔަކުވެސް މިވަނީ دين ބައިބައިކޮށް އޭގެ އެއްބައި ހިފައިގެންނެވެ. އަނެއްބައިތަކަކަށް އީމާން ނުވެއެވެ. ހަމައިން ނެއްޓިފައެވެ. އަހުރެމެން މި أمّة ގައި މިހާރު މިތިބަމީހުންނާއި މިމީހުންނާ އެއްވެސް ތަފާތެއް އެބައޮތް ބާވައެވެ؟ އަހުރެމެންވެސް دين ބައިބައިކޮށް ކޮންމެ ބަޔަކު مذهب އެއް ހިފައިގެން ހޭޔާން ކިޔަނީއެވެ. سَمَاوِي އޮފީހުން އެންގެވި އެންގެވުމެއް ނޫނެވެ. ولا حول ولا قوّة إلاّ بالله)

Verse 54

فَذَرْهُمْ فِى غَمْرَتِهِمْ حَتَّىٰ حِينٍ

Transliteration fadharhum fī ghamratihim ḥattā ḥīnin

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުން ދޫކޮށްލައްވާށެވެ! އެއީ އެމީހުންގެ މަގުފުރެދުމުގައި ވަކިހިނދުކޮޅަކު ތިބުމަށެވެ.

Verse 55

أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٍ وَبَنِينَ

Transliteration ayaḥsabūna annamā numidduhum bihi min mālin wabanīna

Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުންނަށް މުދަލާއި ދަރިންގެތެރެއިން ދެއްވާ ދެއްވުމާއިމެދު އެމީހުން އެހީކުރަނީހެއްޔެވެ؟

Verse 56

نُسَارِعُ لَهُمْ فِى ٱلْخَيْرَٰتِ ۚ بَل لَّا يَشْعُرُونَ

Transliteration nusāriʿu lahum fī l-khayrāti bal lā yashʿurūna

Dhivehi އެއީ އެމީހުންނަށް ތިމަންރަސްކަލާނގެ ހެޔޮކަން އަވަސްކޮށްދެނީކަމުގައި (ހީކުރަނީހެއްޔެވެ؟) އެވާގޮތެއް އެމީހުނަށް إحساس ވެސް ނުވެއެވެ. (އެއީ ﷲ ގެ إِسْتِدْرَاج އެވެ. ރޭވުމެވެ. އޭގެފަހުގައި ވަނީ ނުބައެވެ. ކުއްލިއަކަށް ހިތްޕެވުމެވެ.)

Verse 57

إِنَّ ٱلَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ

Transliteration inna alladhīna hum min khashyati rabbihim mush'fiqūna

Dhivehi ހަމަކަށަވަރުން އެބައިމީހުން އެބައިމީހުންގެ ربّ އަށް ބިރުވެތިވާމީހުން ވަނީ (ﷲ ގެ عذاب އަށް) ބިރުން ފެންކަޅިވެގެންނެވެ. (އެއީ މާތްވެގެންވާ މުއުމިނުންނެވެ.)

Verse 58

وَٱلَّذِينَ هُم بِـَٔايَـٰتِ رَبِّهِمْ يُؤْمِنُونَ

Transliteration wa-alladhīna hum biāyāti rabbihim yu'minūna

Dhivehi އަދި ކަނޑައެޅިގެން އެމީހުން އެމީހުންގެ ربّ ގެ آية ތަކަށް إيمان ވެއެވެ. އެއާޔަތްތައް ތެދުކުރެއެވެ.

Verse 59

وَٱلَّذِينَ هُم بِرَبِّهِمْ لَا يُشْرِكُونَ

Transliteration wa-alladhīna hum birabbihim lā yush'rikūna

Dhivehi އަދި އެމީހުން އެމީހުންގެ ربّ އަށް އެއްވެސްގޮތަކުން شَرِيْكُ ނުކުރެއެވެ.

Verse 60

وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ

Transliteration wa-alladhīna yu'tūna mā ātaw waqulūbuhum wajilatun annahum ilā rabbihim rājiʿūna

Dhivehi އަދި އެމީހުންގެ ހިތްތައް ބިރުން ސިހިގެންވާ حال އެމީހުންނަށް ލިބިފައިވާ މުދަލުން ހޭދަކުރެއެވެ. زكاة ދީ صدقة ދެއެވެ. އެއީ އެމީހުންގެ ربّ ގެ حضرة އަށް رجوع ވާނެތީ އެކަމާ ބިރުންނެވެ.

Verse 61

أُو۟لَـٰٓئِكَ يُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَهُمْ لَهَا سَـٰبِقُونَ

Transliteration ulāika yusāriʿūna fī l-khayrāti wahum lahā sābiqūna

Dhivehi އެމީހުން ދަންނައެވެ! އެބަހީ: އިސްވެދިޔަ ސިފަތަކުގެ أهل ވެރިން ދަންނައެވެ. އެމީހުންނަކީ ހެޔޮކަންތަކުގައި އަވަސްވާމީހުންނެވެ. އަދި އެމީހުންނަކީ އެހެޔޮކަމަށް ކުރިއަރާދާ މީހުންނެވެ.

Verse 62

وَلَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَلَدَيْنَا كِتَـٰبٌ يَنطِقُ بِٱلْحَقِّ ۚ وَهُمْ لَا يُظْلَمُونَ

Transliteration walā nukallifu nafsan illā wus'ʿahā waladaynā kitābun yanṭiqu bil-ḥaqi wahum lā yuẓ'lamūna

Dhivehi އަދި އެއްވެސް نفس އަކަށް އެ نفس އަކަށް ކުޅަދާނަވާވަރަކަށް މެނުވީ ތިމަންރަސްކަލާނގެ تَكْلِيْفُ ނުޖައްސަވަމެވެ. ބުރަނުޖައްސަވަމެވެ. އަދި ތިމަންރަސްކަލާނގެ حضرة ގައި (އަޅުތަކުންގެ عمل ތައް ނޯޓްކުރެވިގެންވާ) ފޮތެއްވެއެވެ. އަދި އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ. (އެބަހީ: ނުބައިކަންތައް ކުރި މީހާގެ ނުބައިކަމުގެތެރެއަށް އިތުރު ނުވާނެއެވެ. އަދި ހެޔޮ عمل ކުރި މީހެއްގެ ހެޔޮ عمل ން އުނި ނުވާނެއެވެ. އެކަމުގެ ثواب މަދުނުވާނެއެވެ. އެޔާ خِلآفُ އަށް އެކަމުގެ ސަވާބު އިތުރުވާނެއެވެ.)

Verse 63

بَلْ قُلُوبُهُمْ فِى غَمْرَةٍ مِّنْ هَـٰذَا وَلَهُمْ أَعْمَـٰلٌ مِّن دُونِ ذَٰلِكَ هُمْ لَهَا عَـٰمِلُونَ

Transliteration bal qulūbuhum fī ghamratin min hādhā walahum aʿmālun min dūni dhālika hum lahā ʿāmilūna

Dhivehi އަދި ކިއެއްހެއްޔެވެ؟ ކަންތައްހުރީ އެމީހުން އެބަހީ: مشرك ން ހީކުރާގޮތަކަށް ނޫނެވެ.) އެމީހުން އެވަނީ މި قرآن އާއިމެދު ކަނުވެ އަނދިރިވެގެންނެވެ. އަދި އެމީހުންނަށް އެކަން ފިޔަވައި (އެބަހީ: އެމީހުން މިހާރު އެކުރާ عمل ފިޔަވައި އެހެން (ނުބައި عمل އެމީހުންނަށްވެއެވެ. ނުވަތަ تقوى ވެރި މާތްމީހުންގެ عمل ފިޔަވައި އެހެން عمل އެމީހުންނަށް ވެއެވެ.) ކަނޑައެޅިގެން އެމީހުން އެކަންކުރާނެއެވެ. ނުބައި ކަންތައްތައްކޮށް އުރެދޭނެއެވެ.

Verse 64

حَتَّىٰٓ إِذَآ أَخَذْنَا مُتْرَفِيهِم بِٱلْعَذَابِ إِذَا هُمْ يَجْـَٔرُونَ

Transliteration ḥattā idhā akhadhnā mut'rafīhim bil-ʿadhābi idhā hum yajarūna

Dhivehi އެއީ އެމީހުންކުރެ نعمة އާއި މަޖަލުގައި ނުލަފާ ކަންތައްކުރާ މީހުންނަށް عذاب ދެއްވައި ތިމަންރަސްކަލާނގެ އެމީހުން ހިތްޕަވައި ހަލާކު ކުރައްވައިފުމަށްދާންދެނެވެ. އެހައިރުން އެބަހީ: عذاب އައުމުން އެމީހުން ސަލާމަތަށް އެދި ހަޅޭލަވާނެއެވެ.

Verse 65

لَا تَجْـَٔرُوا۟ ٱلْيَوْمَ ۖ إِنَّكُم مِّنَّا لَا تُنصَرُونَ

Transliteration lā tajarū l-yawma innakum minnā lā tunṣarūna

Dhivehi (އެހިނދުން އެމީހުނަށް އެންގެވޭނެއެވެ.) ކަލޭމެން މިއަދު ސަލާމަތަށް އެދި ހަޅޭނުލާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ން ކަލޭމެންނަކަށް نصر ނުލިބޭނެއެވެ. އެހީއެއް ނުލިބޭނެއެވެ.

Verse 66

قَدْ كَانَتْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَكُنتُمْ عَلَىٰٓ أَعْقَـٰبِكُمْ تَنكِصُونَ

Transliteration qad kānat āyātī tut'lā ʿalaykum fakuntum ʿalā aʿqābikum tankiṣūna

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތައް ކަލޭމެންގެމައްޗަށް ކިޔެވޭކަމުގައި ވިއެވެ. ފަހެ ކަލޭމެން ކަލޭމެންގެ ފުންނާބުތަކުގެމައްޗަށް ފަހަތަށް ޖެހޭ ކަމުގައި ވިއެވެ. (ކަލޭމެން އެއާޔަތްތަކަށް إيمان ނުވީމުއެވެ. ތެދުނުކުރީމުއެވެ.)

Verse 67

مُسْتَكْبِرِينَ بِهِۦ سَـٰمِرًا تَهْجُرُونَ

Transliteration mus'takbirīna bihi sāmiran tahjurūna

Dhivehi ކަލޭމެން مكّة ގެ حرم ގައި ބޮޑާވެގެންވާ حال ގައި ރޭގަނޑު جَلْسَة ކޮށް ﷲ އަށް ذِكر ކުރުމާއި حقّ އާއި ކަލޭމެން ދުރުވާކަމުގައިވެއެވެ.

Verse 68

أَفَلَمْ يَدَّبَّرُوا۟ ٱلْقَوْلَ أَمْ جَآءَهُم مَّا لَمْ يَأْتِ ءَابَآءَهُمُ ٱلْأَوَّلِينَ

Transliteration afalam yaddabbarū l-qawla am jāahum mā lam yati ābāahumu l-awalīna

Dhivehi އެމީހުން އެބަހީ: مشرك ންތައް ފަހެ ﷲ ގެ وحي ބަސްފުޅަށް ވިސްނާ تَدْبِيْرُ ކޮށް ނުހަދަނީބާވައެވެ؟ (އޭގައިވާ عبرة އާއި حجّة އެނގުނީހީ އެހެންނަމަތާއެވެ.) ނުވަތަ އެމީހުންގެ އިސްވެދިޔަ ކާބަފައިންގެ ގާތަށް ނާންނަ ކަންތައް މިމީހުންގެ ގާތަށް އައީބާވައެވެ؟ (ބޮޑާވެ كبر ވެރިވެ އެޔާ ދުރަށް ދާނީ އެހެންނަމަތާއެވެ. އެމީހުންގެ ގާތަށްވެސް ފޮތާއި رسول ން ވަޑައިގަތީއެވެ. މިމީހުންގެ ގާތަށްވެސް ފޮތަކާއި رسول އަކު ވަޑައިގަތީއެވެ. ކަމަކީ ހަމަ އެއްކަމެކެވެ.)

Verse 69

أَمْ لَمْ يَعْرِفُوا۟ رَسُولَهُمْ فَهُمْ لَهُۥ مُنكِرُونَ

Transliteration am lam yaʿrifū rasūlahum fahum lahu munkirūna

Dhivehi ނުވަތަ އެމީހުންގެ رسول އެމީހުންނަށް ނޭނގެނީބާވައެވެ؟ އެކަލޭގެފާނާމެދު إنكار ކޮށް ދެކޮޅުހަދާނީ އެހެންނަމަތާއެވެ. (އެ رسول އަކީ އެންމެން ދަންނަ އެމީހުންގެ أمين އެވެ.)

Verse 70

أَمْ يَقُولُونَ بِهِۦ جِنَّةٌۢ ۚ بَلْ جَآءَهُم بِٱلْحَقِّ وَأَكْثَرُهُمْ لِلْحَقِّ كَـٰرِهُونَ

Transliteration am yaqūlūna bihi jinnatun bal jāahum bil-ḥaqi wa-aktharuhum lil'ḥaqqi kārihūna

Dhivehi ނުވަތަ އެކަލޭގެފާނުންގެ ގައިގާ މޮޔަކަމެއް ހުރިކަމުގައި އެމީހުން ބުނަނީހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންގާތަށް حقّ އައީއެވެ. އެހެންނަމަވެސް އެމީހުންކުރެ ގިނަމީހުން އެ حقّ އަށް ނުރުހެނީއެވެ. ދެކޮޅުހަދަނީއެވެ.

Verse 71

وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَـٰوَٰتُ وَٱلْأَرْضُ وَمَن فِيهِنَّ ۚ بَلْ أَتَيْنَـٰهُم بِذِكْرِهِمْ فَهُمْ عَن ذِكْرِهِم مُّعْرِضُونَ

Transliteration walawi ittabaʿa l-ḥaqu ahwāahum lafasadati l-samāwātu wal-arḍu waman fīhinna bal ataynāhum bidhik'rihim fahum ʿan dhik'rihim muʿ'riḍūna

Dhivehi އަދި "الحَقّ " އެމީހުންގެ هوَى نفس އާއި يعني: އަމިއްލަ އެދުމާއި تبع ވެއްޖެނަމަ ހަމަކަށަވަރުން އުޑުތަކާއި ބިން ފާސިދުވެއްޖައީހެވެ. އަދި އެތަންތާވާހާ ބަޔަކުވެސް فاسِدُ ވެއްޖައީހެވެ. (މިއާޔަތުގައި މިވާ الحَقّ އަކީ ﷲ سبحانه وتعالى އެވެ. (ނުވަތަ އިސްލާމުދީނެވެ.) އަދި ކިއެއްހެއްޔެވެ؟ އެމީހުންގެ ގާތަށް އެމީހުންގެ ذكر އައީއެވެ. يعني: އެމީހުންނަށް حقّ بيان ކޮށްދެއްވާ އެތި އައީއެވެ. އެއީ އެމީހުންގެ ތެރެއިން މީހެއްގެ މައްޗަށް މި قرآن ބާވައިލެއްވުމެވެ.) އަދި އެމީހުން އެވަނީ އެމީހުންގެ އެ ذكر ން އެނބުރި ފުރަގަސްދީ ގެންނެވެ.

Verse 72

أَمْ تَسْـَٔلُهُمْ خَرْجًا فَخَرَاجُ رَبِّكَ خَيْرٌ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ

Transliteration am tasaluhum kharjan fakharāju rabbika khayrun wahuwa khayru l-rāziqīna

Dhivehi (އޭ رسول ﷲ އެވެ!) ނުވަތަ ކަލޭގެފާނު އެމީހުންގެ ކިބައިން އުޖޫރައަކަށް ނުވަތަ ޓެކްހަކަށް އެދިވަޑައިގަންނަވަނީތޯއެވެ. ފަހެ ކަލޭގެފާނުންގެ ربّ ގެ އުޖޫރަ މާހެޔޮވެގެންވެއެވެ. އަދި އެކަލާނގެއީ އެންމެހެޔޮގޮތުގައި ރިޒުގުދެއްވާ ކަލާނގެއެވެ.

Verse 73

وَإِنَّكَ لَتَدْعُوهُمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

Transliteration wa-innaka latadʿūhum ilā ṣirāṭin mus'taqīmin

Dhivehi ހަމަކަށަވަރުން ކަލޭގެފާނު އެމީހުންނަށް ގޮވައިލައްވަނީ ސީދާވެގެންވާ މަގަށެވެ.

Verse 74

وَإِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ عَنِ ٱلصِّرَٰطِ لَنَـٰكِبُونَ

Transliteration wa-inna alladhīna lā yu'minūna bil-ākhirati ʿani l-ṣirāṭi lanākibūna

Dhivehi އަދި ހަމަކަށަވަރުން آخرة ދުވަހަށް އީމާންނުވާ މީހުން ސީދާމަގުން ނެއްޓި ކަތިމަގުން ދެއެވެ.

Verse 75

۞ وَلَوْ رَحِمْنَـٰهُمْ وَكَشَفْنَا مَا بِهِم مِّن ضُرٍّ لَّلَجُّوا۟ فِى طُغْيَـٰنِهِمْ يَعْمَهُونَ

Transliteration walaw raḥim'nāhum wakashafnā mā bihim min ḍurrin lalajjū fī ṭugh'yānihim yaʿmahūna

Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުންނަށް رحمة ލައްވައި އަދި އެމީހުންނަށް ޖެހިފައިވާ އުނދަގޫ (يعني: فقير ކަމާއި ތަދުމަޑުކަން) ތިމަންރަސްކަލާނގެ ފިއްލަވައިފިނަމަ ހަމަކަށަވަރުން އެމީހުންގެ ނުކިޔަމަންތެރިކަމާއި ނުބައިކަމުގައި ދެފުށުއެޅިއެޅި ދެމިތިބޭހުއްޓެވެ.

Verse 76

وَلَقَدْ أَخَذْنَـٰهُم بِٱلْعَذَابِ فَمَا ٱسْتَكَانُوا۟ لِرَبِّهِمْ وَمَا يَتَضَرَّعُونَ

Transliteration walaqad akhadhnāhum bil-ʿadhābi famā is'takānū lirabbihim wamā yataḍarraʿūna

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުން يعني: އެ مشرك ންނަށް އެކިބާވަތުގެ ބަލާ މުސީބަތް ޖައްސަވައިގެންއެމީހުން إمْتِحَانُ ކުރެއްވީމެވެ (އެއީ އެމީހުން ދިރިއުޅުން ދަތިކުރެއްވުމާއި ރަށަށް ތަދުމަޑުކަން ޖެއްސެވުމާއި އަދި ހައްޔަރުވާމީހުން قتل ވުމާ މިބާވަތުގެ ކަންކަމުންނެވެ.) ފަހެ އެމީހުން އެމީހުންގެ ربّ އަށް ކިޔަމަންތެރިވެ އެފަރާތަށް ދެރަނުވިއެވެ. ގޮތްދޫނުކުރިއެވެ.

Verse 77

حَتَّىٰٓ إِذَا فَتَحْنَا عَلَيْهِم بَابًا ذَا عَذَابٍ شَدِيدٍ إِذَا هُمْ فِيهِ مُبْلِسُونَ

Transliteration ḥattā idhā fataḥnā ʿalayhim bāban dhā ʿadhābin shadīdin idhā hum fīhi mub'lisūna

Dhivehi ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް ގަދަ عذاب ގެދޮރެއް ހުޅުވައިދެއްވައިފުމަށް ދާންދެންނެވެ. (އެބަހީ: އެމީހުން އެގޮތުގެމަތީގައި ނުކިޔަމަންތެރިކަމުގައި ތިބީއެވެ.) ދެން އެ عذاب އެމީހުންނަށް ފެނުމުން އެހައިރުން އެމީހުން ހިތާމަކޮށް ދެރަވިއެވެ. (އެކަމަކު ދެން އެހިތާމައިގެ ފައިދާއެއް ނެތެވެ. މިއާޔަތުގައިމިވާ ގަދަ عذاب އަކީ مكّة ގެ مشرك ންނަށް ދިމާވި ބަނޑުހައިހޫނު ކަން ކަމުގައި ބުނެވުނެވެ. / ނުވަތަ އެއީ بَدْرُ ހަނގުރާމަކަމުގައި ބުނެވުނެވެ. والله أعلم)

Verse 78

وَهُوَ ٱلَّذِىٓ أَنشَأَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ

Transliteration wahuwa alladhī ansha-a lakumu l-samʿa wal-abṣāra wal-afidata qalīlan mā tashkurūna

Dhivehi އަދި ކަލޭމެންނަށް އިވުމާއި ފެނުމާއި ވިސްނުމާއި (ނުވަތަ ކަންފަތާއި ލޮލާއި ހިތް) ލެއްވީ ހަމަ އެކަލާނގެއެވެ. ކަލޭމެން (އެބާވަތުގެ نعمة އަށް) شكر ކުރަނީ ހާދަހާވެސް މަދުންނެވެ.

Verse 79

وَهُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ

Transliteration wahuwa alladhī dhara-akum fī l-arḍi wa-ilayhi tuḥ'sharūna

Dhivehi އަދި ކަލޭމެން ބިމުން ހެއްދެވީ (އެބަހީ: ބިމުން ހައްދަވައި އަދި ބިމުގައިލެއްވީ) ހަމަ އެކަލާނގެއެވެ. އަދި ކަލޭމެން އެއްކުރައްވާ محشر ކުރައްވާނީ ހަމަ އެކަލާނގެ حضرة އަށެވެ.

Verse 80

وَهُوَ ٱلَّذِى يُحْىِۦ وَيُمِيتُ وَلَهُ ٱخْتِلَـٰفُ ٱلَّيْلِ وَٱلنَّهَارِ ۚ أَفَلَا تَعْقِلُونَ

Transliteration wahuwa alladhī yuḥ'yī wayumītu walahu ikh'tilāfu al-layli wal-nahāri afalā taʿqilūna

Dhivehi އަދި ތަކެތި ދިރުއްވައި މަރުއްވައި އަދި ރޭދުވާ ތަފާތުކުރެއްވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. ކަލޭމެން އެފަދަ ކަންކަމަށް ވިސްނައި فكر ކޮށް ނުހަދަނީ ކީއްވެގެންހެއްޔެވެ؟ ނުވަތަ فكر ކޮށް ނުހަދާނޭހެއްޔެވެ؟

Verse 81

بَلْ قَالُوا۟ مِثْلَ مَا قَالَ ٱلْأَوَّلُونَ

Transliteration bal qālū mith'la mā qāla l-awalūna

Dhivehi އަދި ކިއެއްހެއްޔެވެ؟ އެމީހުން ބުނީ ހަމަ ކުރީގެ މީހުންވެސް ބުނިގޮތަށެވެ.

Verse 82

قَالُوٓا۟ أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ

Transliteration qālū a-idhā mit'nā wakunnā turāban waʿiẓāman a-innā lamabʿūthūna

Dhivehi އެމީހުން ބުނީ އަހުރެމެން މަރުވެ ވެއްޔަށްވެ ކަށިތައް ފީވެ ދިއުމަށްފަހު އަލުންވެސް އަހުރެމެން ދިރިގެން محشر އަށް ފޮނުވޭނޭހެއްޔެވެ؟ (އެބަހީ: ދެން ނުފޮނުއްވޭނެއެވެ.)

Verse 83

لَقَدْ وُعِدْنَا نَحْنُ وَءَابَآؤُنَا هَـٰذَا مِن قَبْلُ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ

Transliteration laqad wuʿid'nā naḥnu waābāunā hādhā min qablu in hādhā illā asāṭīru l-awalīna

Dhivehi ހަމަކަށަވަރުން އަހުރެމެންނަށާ އަހުރެމެންގެ ކާބަފައިންނަށްވެސް މީގެކުރިން މި وعد ކުރެވުނެވެ. އެއީ ހަމަ އިސްވެދިޔަމީހުން ދައްކާފައިވާ ދޮގުވާހަކަތައްކަމުގައި މެނުވީ ނުވެއެވެ. އެމީހުންގެ باطل ވާހަކަތަކެވެ.

Verse 84

قُل لِّمَنِ ٱلْأَرْضُ وَمَن فِيهَآ إِن كُنتُمْ تَعْلَمُونَ

Transliteration qul limani l-arḍu waman fīhā in kuntum taʿlamūna

Dhivehi (އޭ رسول ﷲ އެވެ!) ބިމާއި އަދި ބިމުގައިވާހާ ބަޔަކު މިލްކުވެގެންވަނީ ކާކަށްތޯ ކަލޭގެފާނު އެމީހުންކުރެން އައްސަވައިބައްލަވާށެވެ؟ ކަލޭމެންނަށް އެއީ ކާކުކަން އެނގޭކަމުގައި ވަންޏާ ނިކަން ބުނެދީބަލާށެވެ.

Verse 85

سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ

Transliteration sayaqūlūna lillahi qul afalā tadhakkarūna

Dhivehi (އޭގެ ޖަވާބުގައި) ނިކަންހުރެ އެމީހުން ބުނާނެއެވެ. އެތަކެތި މިލްކުވެގެންވަނީ ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވީއިރު ކަލޭމެން وعظ އާއި عبرة ލިބިނުގަންނާނޭ ހެއްޔެވެ؟ (އެހެންވީއިރު މަރުވެފައިވާތަކެތި ދިރުއްވައި އެއްކުރެއްވުން އެކަލާނގެއަށް ދަތިނުވާނެކަން ދެނެގަތުން ހުއްޓެވެ.)

Verse 86

قُلْ مَن رَّبُّ ٱلسَّمَـٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ

Transliteration qul man rabbu l-samāwāti l-sabʿi warabbu l-ʿarshi l-ʿaẓīmi

Dhivehi ކަލޭގެފާނު އެމީހުންކުރެން އައްސަވާބައްލަވާށެވެ! އުޑުތަކާއި އަދި ބޮޑުވެގެންވާ عَرْشِى ގެ رَبّ އަކީ ކާކުތޯއެވެ؟

Verse 87

سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ

Transliteration sayaqūlūna lillahi qul afalā tattaqūna

Dhivehi ނިކަންހުރެ އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވިއްޔާ އަޅެފަހެ ކަލޭމެން ބިރުވެތިނުވާނޭހެއްޔެވެ؟

Verse 88

قُلْ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ

Transliteration qul man biyadihi malakūtu kulli shayin wahuwa yujīru walā yujāru ʿalayhi in kuntum taʿlamūna

Dhivehi އަދި ހުރިހާއެއްޗެއްގެ خَزَانة ތައް خاصّ ވެގެންވަނީ ކާކަށްތޯ ކާކެއްގެ އަތެއްގައިތޯ ކަލޭގެފާނު އެމީހުންކުރެން އައްސަވައި ބައްލަވާށެވެ؟ އަދި އެކަލާނގެ އަމާންކަން ދެއްވައެވެ. ނުވަތަ އެކަލާނގެ މަނާކުރައްވައެވެ. އަދި އެކަލާނގެއާއި خلاف އަށް އަމާންކަން ނުދެއްވެއެވެ. އަދި އެކަލާނގެއަށް އެއްވެސް ކަމެއް މަނާނުވެވޭކަލަކީ ކޮބައިހެއްޔެވެ؟ އެއީ ކާކުހެއްޔެވެ؟ ކަލޭމެންނަށް އެނގެންޏާ (ނިކަން ބުނެބަލާށެވެ!)

Verse 89

سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ

Transliteration sayaqūlūna lillahi qul fa-annā tus'ḥarūna

Dhivehi އޭގެ ޖަވާބުގައި ނިކަންހުރެ އެމީހުން ބުނާނެއެވެ. އެހުރިހާކަމެއް خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެހެންވިއްޔާ އެކަލާނގެއަށް އަޅުކަން ނުކޮށް އެކަލާނގެ ފިޔަވައި ކަލޭމެންދާނީ ކޮންތާކަށްހެއްޔެވެ؟ (ކަލޭމެނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟)

Verse 90

بَلْ أَتَيْنَـٰهُم بِٱلْحَقِّ وَإِنَّهُمْ لَكَـٰذِبُونَ

Transliteration bal ataynāhum bil-ḥaqi wa-innahum lakādhibūna

Dhivehi އަދި ކިއެއްހެއްޔެވެ؟ އެމީހުންނަށް ތިމަންރަސްކަލާނގެ حقّ ގެނަސްދީފީމެވެ. حقّ އިސްލާމްދީން ގެނަސްދީފީމެވެ. އަދި ހަމަކަށަވަރުން އެމީހުންނަކީ ކަނޑައެޅިގެން ދޮގުވެރިންނެވެ.

Verse 91

مَا ٱتَّخَذَ ٱللَّهُ مِن وَلَدٍ وَمَا كَانَ مَعَهُۥ مِنْ إِلَـٰهٍ ۚ إِذًا لَّذَهَبَ كُلُّ إِلَـٰهٍۭ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَىٰ بَعْضٍ ۚ سُبْحَـٰنَ ٱللَّهِ عَمَّا يَصِفُونَ

Transliteration mā ittakhadha l-lahu min waladin wamā kāna maʿahu min ilāhin idhan ladhahaba kullu ilāhin bimā khalaqa walaʿalā baʿḍuhum ʿalā baʿḍin sub'ḥāna l-lahi ʿammā yaṣifūna

Dhivehi ﷲ އަކަށް އެއްވެސް ދަރިކަލަކު ނުވެއެވެ. (އެއީ އެކަށީގެންވާކަމެއްނޫނެވެ.) އަދި އެކަލާނގެއާއިއެކު އެއްވެސް އެހެން إله އަކުވެސް ނުވެއެވެ. އެހެންވެއްޖެއްޔާއި އެބަހީ: އެކަލާނގެއާއެކު އެހެން إله އަކު ވާނަމަ ނުވަތަ إله ންތަކެއްވާނަމަ ކޮންމެ إله އަކުވެސް އެ إله އަކު ހެއްދެވިއެއްޗެއް ހިފައިގެން ހިނގައްޖައީހެވެ. އަދި ބައެއް إله ން އަނެއްބައި إله ންގެމައްޗަށް މަތިވެ ބޮޑާވެގެންފީހެވެ. އަދި އެމީހުން އެސިފަކުރާ ކަންތައްތަކުން ﷲ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. (އެކަލާނގެއަށް އެއްވެސް شريك އަކު ނުވެއެވެ.)

Verse 92

عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَتَعَـٰلَىٰ عَمَّا يُشْرِكُونَ

Transliteration ʿālimi l-ghaybi wal-shahādati fataʿālā ʿammā yush'rikūna

Dhivehi އެކަލާނގެއީ غيب ގައިވާ ކަންތަކާއި އަދި ފައުޅުވެގެންވާ ކަންތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. ފަހެ އެމީހުން يعني: مشرك ން އެ شريك ކުރާ ތަކެތި ފިޔަވައި އެކަލާނގެ މާމަތިވެރިވޮޑިގެންވެއެވެ.

Verse 93

قُل رَّبِّ إِمَّا تُرِيَنِّى مَا يُوعَدُونَ

Transliteration qul rabbi immā turiyannī mā yūʿadūna

Dhivehi ،(94) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭއަޅުގެ ربّ އެވެ! އެމީހުންނަށް - އެބަހީ: مشرك ންނަށް وعد ވެވިގެންވާ عذاب އިބަރަސްކަލާނގެ މިއަޅާއަށް ދައްކަވަންޏާއި، އޭ އަޅުގެ ربّ އެވެ. ފަހެ މިއަޅާ އަނިޔާވެރިވީ މީސްތަކުންގެތެރެއިން يعني: مشرك ންގެތެރެއިން ނުލައްވާންދޭވެ! (އެމީހުންނާއި އެކު ހަލާކު ނުކުރައްވާންދޭވެ!)

Verse 94

رَبِّ فَلَا تَجْعَلْنِى فِى ٱلْقَوْمِ ٱلظَّـٰلِمِينَ

Transliteration rabbi falā tajʿalnī fī l-qawmi l-ẓālimīna

Dhivehi ،(94) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭއަޅުގެ ربّ އެވެ! އެމީހުންނަށް - އެބަހީ: مشرك ންނަށް وعد ވެވިގެންވާ عذاب އިބަރަސްކަލާނގެ މިއަޅާއަށް ދައްކަވަންޏާއި، އޭ އަޅުގެ ربّ އެވެ. ފަހެ މިއަޅާ އަނިޔާވެރިވީ މީސްތަކުންގެތެރެއިން يعني: مشرك ންގެތެރެއިން ނުލައްވާންދޭވެ! (އެމީހުންނާއި އެކު ހަލާކު ނުކުރައްވާންދޭވެ!)

Verse 95

وَإِنَّا عَلَىٰٓ أَن نُّرِيَكَ مَا نَعِدُهُمْ لَقَـٰدِرُونَ

Transliteration wa-innā ʿalā an nuriyaka mā naʿiduhum laqādirūna

Dhivehi (ﷲ وحي ކުރެއްވިއެވެ.) އެމީހުނަށް ތިމަންރަސްކަލާނގެ وَعْدُ ކުރައްވާ ކަންތައް - އެބަހީ: عذاب ކަލޭގެފާނަށް ތިމަންރަސްކަލާނގެ ދެއްކެވުމަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވާކަން ކަށަވަރެވެ. (އަދި ކަލޭގެފާނަށް އޭގެ އަސަރުވެސް ނުވާނެއެވެ.)

Verse 96

ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ

Transliteration id'faʿ bi-allatī hiya aḥsanu l-sayi-ata naḥnu aʿlamu bimā yaṣifūna

Dhivehi ރަނގަޅު أخلاق އާއި ހެޔޮ عمل ން ނުބައިކަންތައް دفاع ކުރައްވާށެވެ! (އެބަހީ: مشرك ންގެ އުނދަގޫތަކަށް ކެތްތެރިވެވަޑައިގެން މާތް أخلاق ން عمل ފުޅު ކުރައްވާށެވެ!) އެމީހުން (ﷲ އާއިމެދު) އެސިފަކުރާ ކުރުންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ.

Verse 97

وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَـٰطِينِ

Transliteration waqul rabbi aʿūdhu bika min hamazāti l-shayāṭīni

Dhivehi އަދި ކަލޭގެފާނު ވިދާޅުވާށެވެ! އޭއަޅުގެ ربّ އެވެ! ސައިތާނުންގެ ވަސްވާހުގެ ސިއްރު ބަސްތަކުން / އެސޮރުގެ ދަންޖެއްސުންތަކުން ރައްކާތެރިވެ ސަލާމަތްވުމަށް އިބަރަސްކަލާނގެ حضرة ން حماية އާއި ރައްކާތެރި ލިބިގަންނަމެވެ.

Verse 98

وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ

Transliteration wa-aʿūdhu bika rabbi an yaḥḍurūni

Dhivehi އަދި (މިއަޅާގެ އެކިއެކި ކަންކަމުގައި) އެސޮރުމެން މިއަޅާގެ ކައިރިޔަށް އައިސް حاضر ވުމުންވެސް ރައްކާތެރިކަމާއި حماية އެދެނީ އިބަރަސްކަލާނގެ حضرة ންނެވެ.

Verse 99

حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ

Transliteration ḥattā idhā jāa aḥadahumu l-mawtu qāla rabbi ir'jiʿūni

Dhivehi (އެކަލާނގެ وَحِيކުރެއްވިއެވެ.) ކަލޭމެންކުރެ މީހަކު މަރަށް حاضر ވެއްޖެއްޔާ އޭނާ ބުނާނެއެވެ. އޭއަޅުގެ ربّ އެވެ. މިއަޅާ ދުނިޔެއަށް އަނބުރާ رجوع ކޮށްދެއްވާނދޭވެ! ފޮނުއްވާންދޭވެ! (މިއީ مشرك ންގެމީހުން މަރަށް حاضر ވާހިނދު ބުނާނެ ވާހަކައެއްކަމުގައިވެއެވެ.) އަދި އޭނާ ބުނާނެއެވެ.

Verse 100

لَعَلِّىٓ أَعْمَلُ صَـٰلِحًا فِيمَا تَرَكْتُ ۚ كَلَّآ ۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَا ۖ وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ

Transliteration laʿallī aʿmalu ṣāliḥan fīmā taraktu kallā innahā kalimatun huwa qāiluhā wamin warāihim barzakhun ilā yawmi yub'ʿathūna

Dhivehi އެއީ (ދުނިޔޭގައި މިއަޅާ ހެޔޮ عمل ނުކޮށް) ދޫކުރިތަނަށް އޭގެ ބަދަލުގައި صالح عمل ކުރުމަށްޓަކައެވެ. (އޭގެ ޖަވާބުގައި ﷲ وحي ކުރެއްވިއެވެ.) އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. އެއީ ހަމަކަށަވަރުން އޭނާ ބުނާ (ހަމަ ހުސް) ބަހެކެވެ. އެފަދަމީހުންނަށް ދެން އޮތީ އޭގެފަހުގައި بَرْزَخُ އެވެ. ހުރަހެވެ. އެއީ ކަށްވަޅުގެ ވަގުތެވެ. އެއީ ދުނިޔޭގެ حياة އާއި آخرة އާއި ދެމެދު އޮތް ހުރަހެވެ. އެއީ محشر އަށް ފޮނުވޭ ދުވަހަށް ދާންދެނެވެ.

Verse 101

فَإِذَا نُفِخَ فِى ٱلصُّورِ فَلَآ أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَآءَلُونَ

Transliteration fa-idhā nufikha fī l-ṣūri falā ansāba baynahum yawma-idhin walā yatasāalūna

Dhivehi ދެންފަހެ ތާޅަފިލި ފުމެލެވިއްޖެއްޔާ (قِيَامَة ވީއެވެ.) ދެން އެދުވަހުން އެމީހުންގެ މެދުގައި ނަސަބުގެ ގާތްކަމުގެ އެއްވެސް އެހީއެއް ނުވާނެއެވެ. އަދި އެކަކު އަނެކަކާއި ސުވާލުވެސް ނުކޮށްލާނެއެވެ. (އެއަށްވުރެ ބިރުވެތިވެފައި ކަންބޮޑުވުން ބޮޑުވާނެއެވެ.)

Verse 102

فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

Transliteration faman thaqulat mawāzīnuhu fa-ulāika humu l-muf'liḥūna

Dhivehi ފަހެ އެމީހެއްގެ (ހެޔޮކަމުގެ) ވަޒަން ބަރުވެއްޖެމީހާ ދަންނައެވެ. ފަހެ އެމީހުން އެއީ ކާމިޔާބު ކުރާނޭ މީހުންނެވެ. آخرة ގެ ނަސީބުވެރިންނެވެ.

Verse 103

وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فِى جَهَنَّمَ خَـٰلِدُونَ

Transliteration waman khaffat mawāzīnuhu fa-ulāika alladhīna khasirū anfusahum fī jahannama khālidūna

Dhivehi އަދި އެމީހެއްގެ (ހެޔޮކަމުގެ) ވަޒަން ލުއިވެއްޖެމީހާ ދަންނައެވެ. ފަހެ އެފަދަމީހުންނަކީ އެމީހުންގެ نفس ތަކަށް ގެއްލުމާއި ހަލާކުދިން މީހުންނެވެ. އެމީހުން ދެމިތިބޭނީ ހަމަ ނަރަކައިގައެވެ.

Verse 104

تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَـٰلِحُونَ

Transliteration talfaḥu wujūhahumu l-nāru wahum fīhā kāliḥūna

Dhivehi އެމީހުންގެ މޫނުތައް މުޅިން ފިހި އަނދާހުއްޓެވެ. އަދި އެމީހުން އެނަރަކައިގައި މޫނުގެ ސިފަ ހުތުރުވެގެންވެއެވެ. (އެއީ މަތީ ތުންފަތްމައްޗަށް އަރައިގެންގޮސް ބޮލުގެ މެދާ ހަމައަށް ފޯރާނެއެވެ. އަދި ތިރީ ތުންފަތް ތިރިއަށް ދިގުވެގެންގޮސް ފޫޅުގައި ކޭތޭ ހިސާބަށް ދާނެއެވެ. އަނގައިގެ ދަތްތައް މުޅިން ހާމަވެ ސިފަހުތުރުވެގެންވެއެވެ. (އޭ މަތިވެރި ﷲ އެވެ. އަޅަމެން ނަރަކައިން ސަލާމަތްކުރައްވާންދޭވެ. آمين)

Verse 105

أَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَكُنتُم بِهَا تُكَذِّبُونَ

Transliteration alam takun āyātī tut'lā ʿalaykum fakuntum bihā tukadhibūna

Dhivehi (އެމީހުންނަށް އެންގެވޭނެއެވެ.) ތިމަންރަސްކަލާނގެ އާޔަތްތައް (قرآن ގެ އާޔަތްތައް ކަލޭމެން ދުނިޔޭގައި އުޅުނުއިރު) ކަލޭމެންގެމައްޗަށް ކިޔެވޭ ކަމުގައި ނުވޭހެއްޔެވެ؟ (އެބަހީ: އެއާޔަތްތައް ކަލޭމެނަށް ކިޔަވައިދެވުނެވެ. (ފަހެކަލޭމެން ވީ އެއާޔަތްތައް ދޮގުކުރާ ބަޔަކު ކަމުގައެވެ.

Verse 106

قَالُوا۟ رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًا ضَآلِّينَ

Transliteration qālū rabbanā ghalabat ʿalaynā shiq'watunā wakunnā qawman ḍāllīna

Dhivehi އެމީހުން ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެ މައްޗަށް އަޅަމެންގެ އަބާއްޖަވެރިކަން ގަދަވެގަތީއެވެ. އަދި އަޅަމެންވީ މަގުފުރެދިގެންވާ ބަޔަކުކަމުގައެވެ.

Verse 107

رَبَّنَآ أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَـٰلِمُونَ

Transliteration rabbanā akhrij'nā min'hā fa-in ʿud'nā fa-innā ẓālimūna

Dhivehi އޭ އަޅަމެންގެ ربّ އެވެ! އަޅަމެން މިނަރަކައިން ނެރެދެއްވާންދޭވެ! އަޅަމެން ކާފަރުކަމަށް އަނބުރާ إعاد ވީނަމަވެސްމެއެވެ. ހަމަކަށަވަރުން އަޅަމެންނަކީ އަނިޔާވެރިންނެވެ.

Verse 108

قَالَ ٱخْسَـُٔوا۟ فِيهَا وَلَا تُكَلِّمُونِ

Transliteration qāla ikh'saū fīhā walā tukallimūni

Dhivehi (އޭގެ ޖަވާބުގައި) ﷲ وحي ކުރައްވާހުއްޓެވެ. ދެރަނިކަމެތިކަމާއެކު ކަލޭމެން އެނަރަކައިގައި ތިބޭށެވެ. އަދި ކަލޭމެން ތިމަންރަސްކަލާނގެއަށް ބަސް ނުދަންނަވާށެވެ.

Verse 109

إِنَّهُۥ كَانَ فَرِيقٌ مِّنْ عِبَادِى يَقُولُونَ رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ

Transliteration innahu kāna farīqun min ʿibādī yaqūlūna rabbanā āmannā fa-igh'fir lanā wa-ir'ḥamnā wa-anta khayru l-rāḥimīna

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ އަޅުތަކުންކުރެ جماعة އެއްގެ ބައެއްވެއެވެ. އެމީހުން ދަންނަވައެވެ. (އެއީ ދުނިޔޭގައި އުޅުނުއިރު އެމީހުންކުރި دعاء އެވެ.) އޭއަޅަމެންގެ ربّ އެވެ. އަޅަމެން إيمان ވެއްޖައީމެވެ. ތެދުކޮށްފީމެވެ. ފަހެ އަޅަމެނަށް ފާފަފުއްސަވާންދޭވެ. އަދި އަޅަމެންނަށް رحمة ލައްވާންދޭވެ. އިބަރަސްކަލާނގެއީ رحمة ލެއްވުން އެންމެ ހެޔޮވެގެންވާ ކަލާނގެއެވެ.

Verse 110

فَٱتَّخَذْتُمُوهُمْ سِخْرِيًّا حَتَّىٰٓ أَنسَوْكُمْ ذِكْرِى وَكُنتُم مِّنْهُمْ تَضْحَكُونَ

Transliteration fa-ittakhadhtumūhum sikh'riyyan ḥattā ansawkum dhik'rī wakuntum min'hum taḍḥakūna

Dhivehi (ﷲ އަންގަވާނެއެވެ.) ކަލޭމެން مشرك ން އެމީހުންނަށް يعني: ތިމަންރަސްކަލާނގެ مؤمن އަޅުންނަށް މަލާމާތްކޮށް ފުރައްސާރަކޮށްހެދީއެވެ. އެއީ ތިމަންރަސްކަލާނގެ ذكر ން އެބަހީ: ތިމަންރަސްކަލާނގެ ހަނދާންކުރުން ކަލޭމެންނަށް ހަނދާންނެތިއްޖައުމަށްދާންދެނެވެ. އަދި ކަލޭމެންވީ އެމުއުމިނުންނަށް މަލާމާތްކޮށް ފުރައްސާރަކުރުމުގެ ގޮތުން ހީހަދާކަމުގައެވެ.

Verse 111

إِنِّى جَزَيْتُهُمُ ٱلْيَوْمَ بِمَا صَبَرُوٓا۟ أَنَّهُمْ هُمُ ٱلْفَآئِزُونَ

Transliteration innī jazaytuhumu l-yawma bimā ṣabarū annahum humu l-fāizūna

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ މިއަދު އެމީހުންނަށް އެމީހުން ކެތްތެރިވީކަމުގެ ސަބަބުން ހެޔޮދަރުމައާއި ޖަޒާދެއްވީމެވެ. ހަމަކަށަވަރުން އެމީހުންނަކީ ކަނޑައެޅިގެން ނަސީބުވެރިންނެވެ.

Verse 112

قَـٰلَ كَمْ لَبِثْتُمْ فِى ٱلْأَرْضِ عَدَدَ سِنِينَ

Transliteration qāla kam labith'tum fī l-arḍi ʿadada sinīna

Dhivehi (އެ مشرك ންނަށް) ﷲ އަންގަވާނެއެވެ. ކަލޭމެން ދުނިޔޭގެ حياة ގައި ބިންމަތީ ލަސްވެތިބީ ކިހާވަރަކަށް ހެއްޔެވެ؟ އަހަރުގެ عدد ގެގޮތުން ކިހާދުވަހަކުހެއްޔެވެ؟

Verse 113

قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ فَسْـَٔلِ ٱلْعَآدِّينَ

Transliteration qālū labith'nā yawman aw baʿḍa yawmin fasali l-ʿādīna

Dhivehi އެމީހުން ދަންނަވާނެއެވެ. އަޅަމެން ލަސްވެތިބީ އެއްދުވަހުއެވެ. ނުވަތަ ދުވަހެއްގެ އެއްބައިގައެވެ. ފަހެ (އަހަރުތަކާއި ދުވަސްތައް) عدد ކޮށް ހިސާބުކުރައްވާ ބޭކަލުން ކުރެން އައްސަވާށެވެ!

Verse 114

قَـٰلَ إِن لَّبِثْتُمْ إِلَّا قَلِيلًا ۖ لَّوْ أَنَّكُمْ كُنتُمْ تَعْلَمُونَ

Transliteration qāla in labith'tum illā qalīlan law annakum kuntum taʿlamūna

Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. ދާދި މަދުވަގުތުކޮޅަކު މެނުވީ ކަލޭމެން ލަސްވެނުތިބެއެވެ. އެގޮތް ކަލޭމެންނަށް އެނގޭނޭނަމައެވެ.

Verse 115

أَفَحَسِبْتُمْ أَنَّمَا خَلَقْنَـٰكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ

Transliteration afaḥasib'tum annamā khalaqnākum ʿabathan wa-annakum ilaynā lā tur'jaʿūna

Dhivehi އަޅެފަހެ ތިމަންރަސްކަލާނގެ ކަލޭމެން ހައްދަވާފައިވަނީ ބޭކާރުގޮތެއްގައި ހަމަ ކުޅިވަރަށް ކަމުގައި ކަލޭމެން ހީކުރީހެއްޔެވެ؟ އަދި ކަލޭމެން ތިމަންރަސްކަލާނގެ حضرة އަށް އެނބުރި رُجوع ނުވާނޭކަމުގައި ހީކުރަނީހެއްޔެވެ؟

Verse 116

فَتَعَـٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۖ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْكَرِيمِ

Transliteration fataʿālā l-lahu l-maliku l-ḥaqu lā ilāha illā huwa rabbu l-ʿarshi l-karīmi

Dhivehi (ފަހެ އެ مشرك ން) އެސިފަކުރާ ކަންތައްތައް ފިޔަވައި - شريك ން ފިޔަވައި - ﷲ تعالى މާމަތިވެރިވެވޮޑިގެންވެއެވެ. އެއީ ހުރިހާކަމެއްގެ ވެރި حقّ ވަންތަ ﷲ އެވެ. އެކަލާނގެ ފިޔަވައި (حقّ) إله އަކު ނުވެއެވެ. އެއީ މާތްވެގެންވާ عرش ގެ ވެރި ކަލާނގެއެވެ.

Verse 117

وَمَن يَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ لَا بُرْهَـٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓ ۚ إِنَّهُۥ لَا يُفْلِحُ ٱلْكَـٰفِرُونَ

Transliteration waman yadʿu maʿa l-lahi ilāhan ākhara lā bur'hāna lahu bihi fa-innamā ḥisābuhu ʿinda rabbihi innahu lā yuf'liḥu l-kāfirūna

Dhivehi އަދި ﷲ އާއިއެކު އެހެން إله އަކަށް ގޮވާ دعاء ކޮށްފިމީހާ (ދަންނައެވެ.) އޭނާޔަށް އެކަމުގައި އެއްވެސް حجّة އެއް دليل އެއް ނުވެއެވެ. ފަހެ ހަމަކަށަވަރުން އޭނާގެ ހިސާބު އޭނާ ހައްދަވާބޮޑުކުރައްވާ ربّ ގެ حضرة ގައި އޮންނަހުއްޓެވެ. (އެފަދަ މީހުންނަކީ ކާފަރުންނެވެ.) ހަމަކަށަވަރުން ކާފަރުންނަށް ކާމިޔާބުނުވާހުއްޓެވެ.

Verse 118

وَقُل رَّبِّ ٱغْفِرْ وَٱرْحَمْ وَأَنتَ خَيْرُ ٱلرَّٰحِمِينَ

Transliteration waqul rabbi igh'fir wa-ir'ḥam wa-anta khayru l-rāḥimīna

Dhivehi (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! އޭއަޅުގެ ربّ އެވެ! މިއަޅާއަށް ފުއްސަވާދޭވެ! އަދި މިއަޅާއަށް رحمة ލައްވާންދޭވެ! އަދި އިބަރަސްކަލާނގެއީ رحمة ލެއްވުން އެންމެހެޔޮވެގެންވާ ކަލާނގެއެވެ.

Read Surah Al-Mu'minun in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.