Surah Al-Mulk in Dhivehi: translation and audio
Surah 67 · الملك · The Sovereignty · 30 verses
Surah Al-Mulk verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Mulk word by word in English.
Verse 1
تَبَـٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Transliteration tabāraka alladhī biyadihi l-mul'ku wahuwa ʿalā kulli shayin qadīrun
Dhivehi އެކަލާނގެ އަތްޕުޅުގައި - ނުވަތަ އެކަލާނގެ ބާރުގެދަށުގައި - އެންމެހާ މިލްކެއްވާ ކަލާނގެ ބަރަކާތް ވަންތަ ވެވޮޑިގެންވެއެވެ. ހެޔޮތަށް ގިނަވެގެންވެއެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެން ވާ ކަލާނގެއެވެ.
Verse 2
ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ
Transliteration alladhī khalaqa l-mawta wal-ḥayata liyabluwakum ayyukum aḥsanu ʿamalan wahuwa l-ʿazīzu l-ghafūru
Dhivehi އެކަލާނގެއީ މަރުވުމާއި އަދި ދިރުން ހެއްދެވި ކަލާނގެއެވެ. އެބަހީ ދުނިޔޭގައި މަރުވުމަށްފަހު އަލުން آخِرة ދުވަހަށް ދިރުއްވާ ކަލާނގެއެވެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުވައި ތިޔަބައި މީހުންކުރެ ޢަމަލު ކުރުމުގައި އެންމެ ރަނގަޅީ ކާކަން އެކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ. އެކަން ތަޙްޤީޤު ކުރައްވައިދެއްކެވުމަށްޓަކައެވެ. އަދި އެކަމުގެ ޖަޒާ ދެއްވުމަށެވެ. އަދި އެކަލާނގެއީ ގަދަފަދަ ވަންތަ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.
Verse 3
ٱلَّذِى خَلَقَ سَبْعَ سَمَـٰوَٰتٍ طِبَاقًا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَـٰنِ مِن تَفَـٰوُتٍ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍ
Transliteration alladhī khalaqa sabʿa samāwātin ṭibāqan mā tarā fī khalqi l-raḥmāni min tafāwutin fa-ir'jiʿi l-baṣara hal tarā min fuṭūrin
Dhivehi އެކަލާނގެއީ އެއްއުޑުގެ މަތީ އަނެއް އުޑު ވާނޭ ގޮތުން މަތިމައްޗައް ހަތް އުޑު ހެއްދެވި ކަލާނގެއެވެ. އަދި رَحْمَن ވަންތަކަލާނގެ އުފެއްދެވުމުގައި އެއްވެސް ހަމަނުޖެހުމެއް އުނިކަމެއް އަދިއެއްވެސް ތަފާތު ކަމެއްވާތީ ކަލޭ ނުދެކޭނެއެވެ. އަޅެ ކަލޭގެ ލޯ ރަނގަށް ހިންގައި އެއިން އުޑެއްގައި އެއްވެސް ރެނދެއް އަދި ފެޅުމެއް ފޫވެއްޓުމެއްވޭތޯ ރަނގަޅަށް ބަލައިބަލާށެވެ.
Verse 4
ثُمَّ ٱرْجِعِ ٱلْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ ٱلْبَصَرُ خَاسِئًا وَهُوَ حَسِيرٌ
Transliteration thumma ir'jiʿi l-baṣara karratayni yanqalib ilayka l-baṣaru khāsi-an wahuwa ḥasīrun
Dhivehi އަދި ތަކުރާރުކޮށް ދެވަނަ ފަހަރަށްވެސް ލޯހިންގައިބެލީމާވެސް އެއިން ބާކޮޅެއް ރޮނގެއް ނުފެނުމުގެސަބަބުން ކަލޭގެ نَظَرُ ކަލޭގެ ގާތަށް އެނބުރިދާނީ ދެރަވެ ނިކަމެތިވެ ވަރުބަލި ވެގެންވާ ޙާލުގައެވެ. އެބަހީ އެއްވެސް ގޮތަކުން ރޮނގެއް، ބާކޮޅެއް ފޫވެއްޓުމެއް ނުހުންނާނެއެވެ.
Verse 5
وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَـٰبِيحَ وَجَعَلْنَـٰهَا رُجُومًا لِّلشَّيَـٰطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ
Transliteration walaqad zayyannā l-samāa l-dun'yā bimaṣābīḥa wajaʿalnāhā rujūman lilshayāṭīni wa-aʿtadnā lahum ʿadhāba l-saʿīri
Dhivehi އަދި ހަމަކަށަވަރުން ދުނިޔެއާއި އެންމެގާތުގައިވާއުޑު ބައްތިތަކަކުން ތިމަންރަސްކަލާނގެ ޒީނަތްތެރި ކުރެއްވީމެވެ. އެބަހީ ތަރިތަކުން ޒީނަތްތެރި ކުރެއްވީމެވެ. އެތަރިތަކަކީ އުޑުން ވައްކަންކުރާ شَيْطَان ގައިގާ ޖެހެވޭ އެއްޗެއްކަމުގައިވެސް ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި آخِرة ދުވަހުން އެސޮރުމެންނަށް ގަދަ އަލިފާނުގެ عَذَاب އެއް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.
Verse 6
وَلِلَّذِينَ كَفَرُوا۟ بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ ٱلْمَصِيرُ
Transliteration walilladhīna kafarū birabbihim ʿadhābu jahannama wabi'sa l-maṣīru
Dhivehi އަދި ކާފަރުވީ މީސްތަކުންނަށް އެބައިމީހުންގެ رَبُّ ގެ حَضْرَةُ ގައި ހުރީ ނަރަކައިގެ ޢަޒާބެވެ. އެއީ ގޮސްތިބުން ނުބައިވެގެންވާ ތަނެކެވެ.
Verse 7
إِذَآ أُلْقُوا۟ فِيهَا سَمِعُوا۟ لَهَا شَهِيقًا وَهِىَ تَفُورُ
Transliteration idhā ul'qū fīhā samiʿū lahā shahīqan wahiya tafūru
Dhivehi އެނަރަކައިގެ ތެރެއަށް އެބައިމީހުން އުކައިލެވިއްޖެއްޔާ އެނަރަކައިގެތެރެއިން ހިމާރު ހަޅޭލަވައި ގަންނަކަހަލަ ނުބައިއަޑުފަށްގަޑެއް އެމީހުން އަހާނެއެވެ. އޭރު އެނަނަރަކައޮންނާނީ މީސްތަކުންނާއި އެކު ކެކިކެކި އެވެ.
Verse 8
تَكَادُ تَمَيَّزُ مِنَ ٱلْغَيْظِ ۖ كُلَّمَآ أُلْقِىَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ نَذِيرٌ
Transliteration takādu tamayyazu mina l-ghayẓi kullamā ul'qiya fīhā fawjun sa-alahum khazanatuhā alam yatikum nadhīrun
Dhivehi އެނަރަކައެމީހުން ދެކެ ރުޅިއަރައިގަނެގެން ކުދިކުދިވާން ގާތްވެގެންވެއެވެ. އަދި އޭގެތެރެއަށް ނަރަކަވަންތަވެރިންގެ ފައުޖެއް އަޅައިލެވޭ ކޮންމެހިދެއްގައި އެނަރަކަ ބަލަހައްޓަންތިއްބަވާ ޒަބާނިއްޔަ މަލާއިކަތް ބޭކަލުން އެމީހުންނާއި ސުވާލުކުރައްވާނެއެވެ. އެބޭކަލުން ވިދާޅުވާނެއެވެ. ކަލޭމެންގެ ގާތަށް ފަހެ (މިތަނާއިމެދު) ބިރުގަންނަވާނޭ ބޭކަލަކު ވަޑައި ނުގަންނަވަނީ ހެއްޔެވެ؟
Verse 9
قَالُوا۟ بَلَىٰ قَدْ جَآءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ ٱللَّهُ مِن شَىْءٍ إِنْ أَنتُمْ إِلَّا فِى ضَلَـٰلٍ كَبِيرٍ
Transliteration qālū balā qad jāanā nadhīrun fakadhabnā waqul'nā mā nazzala l-lahu min shayin in antum illā fī ḍalālin kabīrin
Dhivehi އެމީހުން ދަންނަވާނެއެވެ. ނޫނެކެވެ ރަސޫލުބޭކަލުން ވަޑައިގެންނެވިއެވެ. ނަމަވެސް އަހުރެމެން އެބޭކަލުން ދޮގުކުރީއެވެ. އަދިއަހުރެމެން އެބޭކަލުންނަށް ދެންނެވީ الله އެއްވެސް އެއްޗެއް ބާވާތްނުލައްވާކަމުގައެވެ. އަދިކިއެއްހެއްޔެވެ. ތިޔަބޭކަލުން ތިޔަވަނީ ބަޔާންވެގެންވާ ބޮޑުމަގުފުރެދުމެއްގައެވެ.
Verse 10
وَقَالُوا۟ لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِىٓ أَصْحَـٰبِ ٱلسَّعِيرِ
Transliteration waqālū law kunnā nasmaʿu aw naʿqilu mā kunnā fī aṣḥābi l-saʿīri
Dhivehi އަދިއެމީހުން އެނަރަކައިގާ ތިބެގެން ބުނާނެއެވެ. އަހުރެމެންވެސް އެބޭކަލުންގެބަސް އަހައި ވިސްނައިގެން ސިކުނޑީގެ ބޭނުންކޮށްގެން ދުނިޔޭގައި އުޅުނުނަމަ އަލިފާނުގެ އެކުވެރިންކަމުގައިވެގެން އޭގެތެރޭގައި މިއަދު ތިބޭކަށްނުޖެހުނީހެވެ. (އެކަމަކު އޭރުދެން އެއީ ހަމަހުސްނަމައެކެވެ.)
Verse 11
فَٱعْتَرَفُوا۟ بِذَنۢبِهِمْ فَسُحْقًا لِّأَصْحَـٰبِ ٱلسَّعِيرِ
Transliteration fa-iʿ'tarafū bidhanbihim fasuḥ'qan li-aṣḥābi l-saʿīri
Dhivehi ދެންފަހެ އެމީހުން އެމީހުންގެ ފާފައަށް إعْتِرَافُ ވާނެއެވެ. ނަމަވެސް الله އާއި އެކަލާނގެ رَحْمَة އެމީހުންނާއިހުރިދުރުކަމާއެވެ! (اللهُمَّ أَجِرْنَا مِنَ النَّارِ... آمِيْن)
Verse 12
إِنَّ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ
Transliteration inna alladhīna yakhshawna rabbahum bil-ghaybi lahum maghfiratun wa-ajrun kabīrun
Dhivehi ހަމަކަށަވަރުން غَيْبُ ގައި ވޮޑިގެންވާ އެބައިމީހުންގެ رَبُّ އަށް ބިރުވެތިވިމީސްތަކުން ނަށް އެކަލާނގެ حَضْرَةُ ން ފާފަ ފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަވެއެވެ. އެއީ ނިޢްމަތްތަކު ގެވެރި ސުވަރުގެއެވެ.
Verse 13
وَأَسِرُّوا۟ قَوْلَكُمْ أَوِ ٱجْهَرُوا۟ بِهِۦٓ ۖ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ
Transliteration wa-asirrū qawlakum awi ij'harū bihi innahu ʿalīmun bidhāti l-ṣudūri
Dhivehi (އޭމީސްތަކުންނޭވެ!) ކަލޭމެން ބަސްބާރަށް ބުނެ އަޑުހަރުކުރުމެކޭ އަދި އަޑު މަޑުކޮށް ސިއްރުން ބަސްބުނުމެކޭ އެކަލާނގެ حَضْرَةُ އަށް ހަމަހަމަވެގެންވެއެވެ. ހަމަކަށަވަރުން ހިތްތަކުގެ އަޑީގައި ވާހާ ތަކެއްޗަށް ދާނދެން އެކަލާނގެ ދެނެވޮޑިގެންވެއެވެ.
Verse 14
أَلَا يَعْلَمُ مَنْ خَلَقَ وَهُوَ ٱللَّطِيفُ ٱلْخَبِيرُ
Transliteration alā yaʿlamu man khalaqa wahuwa l-laṭīfu l-khabīru
Dhivehi އެންމެހައި ތަކެތި ހެއްދެވި ކަލަކަށް އެތަކެތީގެ ސިއްރު ނޭގޭނޭ ހެއްޔެވެ؟ އެކަލާނގެއީއެކަލާނގެ ދެނެވޮޑިގަތުން ނުހަނުތަނަވަސްވެ ވޮޑިގެންވާ އަދި އެންމެހައި ޚަބަރުތައް ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 15
هُوَ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ ذَلُولًا فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِۦ ۖ وَإِلَيْهِ ٱلنُّشُورُ
Transliteration huwa alladhī jaʿala lakumu l-arḍa dhalūlan fa-im'shū fī manākibihā wakulū min riz'qihi wa-ilayhi l-nushūru
Dhivehi އަދި ކަލޭމެނަށްޓަކައި ބިންގަނޑު ނުހަނު ފަސޭހަ ކިޔަމަންތެރި ތަނެއްކަމުގައި ހެއްދެވީވެސް އެކަލާނގެއެވެ. ފަހެ ކަލޭމެން އެބިމުގެ އެކިފަރާތް ފަރާތުގައި ހިގާބިނގާވެ ހަދައިބަލާށެވެ. އަދި އެތާގައިވާ ރިޒުޤުން ނުވަތަ އެކަލާނގެ ދެއްވި ރިޒުޤުން ކަލޭމެން ކައިބޮއި ހަދާށެވެ! އަދި ކަލޭމެން އެނބުރި مَحْشَرُ އަށް ޖަމާކުރެއްވުން ވަނީވެސް ހަމައެކަލާނގެ حَضْرَةُ އަށެވެ.
Verse 16
ءَأَمِنتُم مَّن فِى ٱلسَّمَآءِ أَن يَخْسِفَ بِكُمُ ٱلْأَرْضَ فَإِذَا هِىَ تَمُورُ
Transliteration a-amintum man fī l-samāi an yakhsifa bikumu l-arḍa fa-idhā hiya tamūru
Dhivehi ކަލޭމެން ފަހެ ތިޔަތިބީ އުޑުގައިވާ ކަލާނގެ ކަލޭމެންނާއިގެން ބިންގަނޑު ގަންބަވައި ނުގަންނަވާނެކަމާއިމެދު އަމާންވެގެން ހެއްޔެވެ؟ އަދި އެބިންގަނޑު ގަންބަވައިގެންފިނަމަ އެބިންގަނޑު ދެން ޙަރަކާތްތެރިވެ ބޭޤަރާރުވެދާނެއެވެ.
Verse 17
أَمْ أَمِنتُم مَّن فِى ٱلسَّمَآءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ
Transliteration am amintum man fī l-samāi an yur'sila ʿalaykum ḥāṣiban fasataʿlamūna kayfa nadhīri
Dhivehi ނުވަތަ ކަލޭމެން ތިޔަތިބީ އުޑުގައިވާ ކަލާނގެ ކަލޭމެންގެ މައްޗަށް އުޑުން ހިލަތަކެއްފޮނުއްވުމާއިމެދު އަމާންވެގެން ހެއްޔެވެ؟ އޭރުން އެބަހީ ހިލަތަކެއްފޮނުއްވައިފީ ވިއްޔާ އޭރުން ދެން ތިމަންރަސްކަލާނގެ އިންޒާރާއި ބިރުގެންނެވުންހުރީ ކޮންފަދައަކުން ކަން ނިކަންހުރެ ކަލޭމެންނަށް އެގިދާނެއެވެ.
Verse 18
وَلَقَدْ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَكَيْفَ كَانَ نَكِيرِ
Transliteration walaqad kadhaba alladhīna min qablihim fakayfa kāna nakīri
Dhivehi އަދި ހަމަކަށަވަރުން އެމީހުންގެ ކުރީގެމީހުން (ރަސޫލު ބޭކަލުން) ދޮގުކުރިއެވެ. އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ އިންކާރު އަދި ތިމަންރަސްކަލާނގެ ކޯފާވީކޮންފަދައަކުން ހެއްޔެވެ؟ އެމީހުންގެމައްޗަށް އެކަންކަން ވެގެންދިޔައީ ބިރުހުރި އަދި ނުރައްކާތެރި ކަންތައްތައްކަމުގައެވެ.
Verse 19
أَوَلَمْ يَرَوْا۟ إِلَى ٱلطَّيْرِ فَوْقَهُمْ صَـٰٓفَّـٰتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا ٱلرَّحْمَـٰنُ ۚ إِنَّهُۥ بِكُلِّ شَىْءٍۭ بَصِيرٌ
Transliteration awalam yaraw ilā l-ṭayri fawqahum ṣāffātin wayaqbiḍ'na mā yum'sikuhunna illā l-raḥmānu innahu bikulli shayin baṣīrun
Dhivehi އެމީހުން ފަހެ އެމީހުންގެ މަތީ ފިޔަހުޅުވައި ފަތުރައިގެން ނާއި އަދި ފިޔަ މޯޅިކޮށްގެންއެވާ ދޫނިތަކަށް ނުބަލަނީ ހެއްޔެވެ؟ އެތަކެތި ބިންމައްޗަށް ވެއްޓުނަނުދީ އެހިފަހައްޓަވަނީ رَحْمَن ވަންތަ ކަލާނގެ ފިޔަވައި އެހެން މީހެއްނޫނެވެ. (އެސޮރުމެން އެހިފަހައްޓަވަނީ ހަމައެކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެ ހުރިހާއެއްޗަކަށް ބައްލަވާ ވޮޑިގެންވެއެވެ.
Verse 20
أَمَّنْ هَـٰذَا ٱلَّذِى هُوَ جُندٌ لَّكُمْ يَنصُرُكُم مِّن دُونِ ٱلرَّحْمَـٰنِ ۚ إِنِ ٱلْكَـٰفِرُونَ إِلَّا فِى غُرُورٍ
Transliteration amman hādhā alladhī huwa jundun lakum yanṣurukum min dūni l-raḥmāni ini l-kāfirūna illā fī ghurūrin
Dhivehi رَحْمَن ވަންތަ ރަސްކަލާނގެ ނަޞްރު ނުދެއްވައިފިއްޔާ ދެން ކަލޭމެންނަށް ނަޞްރުދޭނޭ މީހަކީ ކާކު ހެއްޔެވެ؟ އެފަދަމީހަކުވޭހެއްޔެވެ؟ (އެއްގޮތަކަށްވެސް އެފަދަމީހަކު ނުވާނެއެވެ.) ކާފަރުން އެވަނީ ބޮޑުވެގެންވާ ހެއްލުމެއްގެ ތެރޭކަމުގައެވެ.
Verse 21
أَمَّنْ هَـٰذَا ٱلَّذِى يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُۥ ۚ بَل لَّجُّوا۟ فِى عُتُوٍّ وَنُفُورٍ
Transliteration amman hādhā alladhī yarzuqukum in amsaka riz'qahu bal lajjū fī ʿutuwwin wanufūrin
Dhivehi އަދިއެކަލާނގެ ކަލޭމެނަށް ރިޒުޤު ނުދެއްވައި ހިފަހައްޓަވައިފިއްޔާ ދެން ކަލޭމެނަށް އެރިޒުޤުދެނޭމީހަކީ ކާކުހެއްޔެވެ؟ އެފަދަމީހަކުވޭހެއްޔެވެ؟ އެފަދަމީހަކު ނުވާނެކަން ކަށަވަރެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންދެމިއެތިބެނީ ނުކިޔަމަންތެރިކަމާއި ދެކޮޅުވެރިކަމުގައެވެ.
Verse 22
أَفَمَن يَمْشِى مُكِبًّا عَلَىٰ وَجْهِهِۦٓ أَهْدَىٰٓ أَمَّن يَمْشِى سَوِيًّا عَلَىٰ صِرَٰطٍ مُّسْتَقِيمٍ
Transliteration afaman yamshī mukibban ʿalā wajhihi ahdā amman yamshī sawiyyan ʿalā ṣirāṭin mus'taqīmin
Dhivehi އަޅެފަހެ އެމީހެއްގެ މޫނުވަތަށްއޮވެގެން ހިގާމީހާ އާއި ސީދާމަގުގައި ރަނގަޅަށް ތެދަށްހުރެ ހިގާމީހާއާއި ދެމީހުންކުރެ ރަނގަޅަށް ހިގޭނީ ކާކަށްހެއްޔެވެ؟ ސިދާމަގުގައި ވާނީކާކުހެއްޔެވެ؟
Verse 23
قُلْ هُوَ ٱلَّذِىٓ أَنشَأَكُمْ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۖ قَلِيلًا مَّا تَشْكُرُونَ
Transliteration qul huwa alladhī ansha-akum wajaʿala lakumu l-samʿa wal-abṣāra wal-afidata qalīlan mā tashkurūna
Dhivehi (ރަސޫލު ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ހެއްދެވީ ހަމަ އެކަލާނގެއެވެ. އަދި އެކަލާނގެ ކަލޭމެންނަށް އިވުމާއި ފެނުމާއި ވިސްނާ ފިކުރުކުރުމަށް ހިތްލެއްވިއެވެ! އެކަންކަމަށްވެސް ކަލޭމެން ޝުކުރު ކުރަނީ ދާދި މަދުންނެވެ.
Verse 24
قُلْ هُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ
Transliteration qul huwa alladhī dhara-akum fī l-arḍi wa-ilayhi tuḥ'sharūna
Dhivehi (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ހައްދަވައި ބިމުގައިފެތުރުއްވެވީ ހަމަ އެކަލާނގެއެވެ. އަދި ކަލޭމެން މަޙްޝަރު ކުރެވޭނީވެސް (އެއްކުރެވޭނީވެސް) ހަމަ އެކަލާނގެ ޙަޟްރަތަށެވެ.
Verse 25
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ
Transliteration wayaqūlūna matā hādhā l-waʿdu in kuntum ṣādiqīna
Dhivehi އަދި އެކާފަރުންގެ މީހުން ބުނެއެވެ. (އޭ މުއްމިނުންނޭވެ.) ކަލޭމެންނީ ބުނާބަހުގައި ތެދުވެރިން ކަމުގައި ވަޏާއި ނިކަން ބުނެބަލާށެވެ. ތިޔަ ވަޢްދުކުރާ ޤިޔާމަތް ދުވަހެއްވާނީ ކޮންއިރަކުން ހެއްޔެވެ.
Verse 26
قُلْ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌ مُّبِينٌ
Transliteration qul innamā l-ʿil'mu ʿinda l-lahi wa-innamā anā nadhīrun mubīnun
Dhivehi (އޭ ރަސޫލު اللهއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަކަމުގެ އެނގުންވާކަން ކަށަވަރީ ﷲގެ ޙަޟްރަތު ގައެވެ. (އަހުރެމެންނަކަށް ނޭނގެއެވެ.) އަހުރެން ވާކަން ކަށަވަރީ ނަޛީރަކުކަމުގައެވެ. އެބަހީ އެކަމުގެ ވާހަކައިން ބިރުގަންނަވާ ބޭކަލަކުކަމުގައެވެ.
Verse 27
فَلَمَّا رَأَوْهُ زُلْفَةً سِيٓـَٔتْ وُجُوهُ ٱلَّذِينَ كَفَرُوا۟ وَقِيلَ هَـٰذَا ٱلَّذِى كُنتُم بِهِۦ تَدَّعُونَ
Transliteration falammā ra-awhu zul'fatan sīat wujūhu alladhīna kafarū waqīla hādhā alladhī kuntum bihi taddaʿūna
Dhivehi ދެންފަހެ ދާދި ގާތުން އެމީހުންނަށް އެ ޢަޛާބު ފެންނަހިނދުން ކާފަރުވީ މީސްތަކުންގެ މޫނުތައް މުޅިން ނުބައިވެ ކަޅުވެދާ ހުއްޓެވެ. އަދި އެމީހުންނަށް އެންގޭނެއެވެ. މި ޢަޛާބަކީ ނުވަތަ ތިޔަ ފެންނަ ޢަޛާބުގެ މަންޒަރަކީ ކަލޭމެން ދުނިޔޭގައި އެކަމަށް އެދި ސުވާލުކުރި ޢަޛާބެކެވެ.
Verse 28
قُلْ أَرَءَيْتُمْ إِنْ أَهْلَكَنِىَ ٱللَّهُ وَمَن مَّعِىَ أَوْ رَحِمَنَا فَمَن يُجِيرُ ٱلْكَـٰفِرِينَ مِنْ عَذَابٍ أَلِيمٍ
Transliteration qul ara-aytum in ahlakaniya l-lahu waman maʿiya aw raḥimanā faman yujīru l-kāfirīna min ʿadhābin alīmin
Dhivehi (އޭ ރަސޫލު اللهއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނާއި އަހުރެންނާއެކު މިވާ މުއްމިނުން اللهހަލާކު ކުރަށްވާ މަރުއްވައިފިއްޔާ ނުވަތަ އެކަލާނގެ އަހުރެމެން ނުމަރުއްވާ އަހުރެމެންނަށް ރަޙްމަތް ލައްވައިފިއްޔާއި، ފަހެ ކާފަރުންނަށް ސަލާމަތްކަންދީ އެމީހުން މިންޖު ކޮށްދޭނީ ފަހެ ކާކުހެއްޔެވެ. ވޭންދެނިވި ޢަޛާބުން އެމީހުން ސަލާމަތް ކުރާނީ ކާކުހެއްޔެވެ؟ (ހަމަ އެކަކުވެސް ނުހުންނާނެއެވެ.)
Verse 29
قُلْ هُوَ ٱلرَّحْمَـٰنُ ءَامَنَّا بِهِۦ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِى ضَلَـٰلٍ مُّبِينٍ
Transliteration qul huwa l-raḥmānu āmannā bihi waʿalayhi tawakkalnā fasataʿlamūna man huwa fī ḍalālin mubīnin
Dhivehi (އޭ ރަސޫލު الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެއީ رَّحْمَـٰنُ ވަންތަ اللهއެވެ. (އެބަހީ ކަލޭމެން އެފަރާތަކަށް އަޅުކަން ކުރުމަށް މި ގޮވާ އެއްކައުވަންތަ ކަލާނގެއަކީ رَّحْمَـٰنُ ވަންތަ ކަލާނގެއެވެ.) އަހުރެމެންމިވަނީ އެފަރާތަށް އީމާން ވެގެންނެވެ. އަދި އަހުރެމެން ހުރިހާ ކަމެއްގައި ވަކީލު ކޮށް އިތުބާރު ކުރަނީ ހަމަ އެކަލާނގެއަށެވެ. މީސްތަކުންގެ ތެރެއިން މަގުފުރެދިގެންވާ މީހުންނަކީ ކޮންބައެއްކަން ނިކަންހުރެ ކަލޭމެންނަށް އެނގިދާނެއެވެ.
Verse 30
قُلْ أَرَءَيْتُمْ إِنْ أَصْبَحَ مَآؤُكُمْ غَوْرًا فَمَن يَأْتِيكُم بِمَآءٍ مَّعِينٍۭ
Transliteration qul ara-aytum in aṣbaḥa māukum ghawran faman yatīkum bimāin maʿīnin
Dhivehi (އޭ ރަސޫލު اللهއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ތިޔަ ބޮއި އަދި ބޭނުންކޮށްތިޔައުޅޭފެން ބިމުގެ އަޑިޔަށް އެކަށްގޮސް ހުސްވެ ފެން ނެތިއްޖެއްޔާ ދެން ކަލޭމެންނަށް މީރުފެން ގެނަސް ދޭނީ ފަހެ ކާކުހެއްޔެވެ؟ (ޖަވާބަކަށްވާނީ އެކަކުވެސް ނުހުންނާނެއެވެ. އެހެންވީއިރު ދެންކަލޭމެންއެފަރާތައް އީމާންވެ އެފަރާތަށް އެކަނި އަޅުކަން އިޚްލާޞް ތެރި ނުކުރަނީ ކީއްވެހެއްޔެވެ؟)
Read Surah Al-Mulk in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.