MyDugsiStart learning

Surah Al-Insan in Dhivehi: translation and audio

Surah 76 · الانسان · The Man · 31 verses

Surah Al-Insan verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Insan word by word in English.

Verse 1

هَلْ أَتَىٰ عَلَى ٱلْإِنسَـٰنِ حِينٌ مِّنَ ٱلدَّهْرِ لَمْ يَكُن شَيْـًٔا مَّذْكُورًا

Transliteration hal atā ʿalā l-insāni ḥīnun mina l-dahri lam yakun shayan madhkūran

Dhivehi ހަމަކަށަވަރުން ޒަމާނުގެ ތެރެއިން އިންސާނާގެ ނަންގަނެވިގެންނުވާ ވަގުތެއް އިންސާނާގެ މައްޗަށް އައިސްފައިވެއެވެ. (އެއީ އޭނާ ދުނިޔެއަށް އައުމުގެ ކުރިންނެވެ.)

Verse 2

إِنَّا خَلَقْنَا ٱلْإِنسَـٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَـٰهُ سَمِيعًۢا بَصِيرًا

Transliteration innā khalaqnā l-insāna min nuṭ'fatin amshājin nabtalīhi fajaʿalnāhu samīʿan baṣīran

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހައްދަވާފައިވާނީ އެކުވެ މަސްހުނިވެފައިވާ نُطْفَة އަކުންނެވެ. މަނި ފޮދުވަރަކުންނެވެ. (އެއީ ފިރިހެންމީހާގެ نُطْفَة އާއި އަންހެންމީހާގެ نُطْفَة އެކުވެ މަސްހުނިވެގެންނެވެ.) ދެން ތިމަންރަސްކަލާނގެ އޭނާއަކީ އަޑުއިވޭ އަދި ފެންނަ މީހަކު ކަމުގައި ލެއްވީމެވެ.

Verse 3

إِنَّا هَدَيْنَـٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا

Transliteration innā hadaynāhu l-sabīla immā shākiran wa-immā kafūran

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ އޭނާއަށް މަގުދެއްކީމެވެ. (އެއީ ރަނގަޅު މަގެވެ.) އެހެންޏާ އޭނާ ހެޔޮމަގުންގޮސް ޝުކުރުވެރިއަކުކަމުގައި ވުމަށެވެ. އެހެންޏާ އޭނާ ނުބައިމަގުންގޮސް ކާފަރު ވުމަށެވެ. (އެއީ އޭނާގެ އިޚްތިޔާރެވެ.)

Verse 4

إِنَّآ أَعْتَدْنَا لِلْكَـٰفِرِينَ سَلَـٰسِلَا۟ وَأَغْلَـٰلًا وَسَعِيرًا

Transliteration innā aʿtadnā lil'kāfirīna salāsilā wa-aghlālan wasaʿīran

Dhivehi ހަމަކަށަވަރުން ކާފަރުންނަށް ކަސްތަޅުތަކާއި ހިލިހިލާތަކާއި އަދި އަނދަ އަނދާ ހުރި އަލިފާން ތިމަންރަސްކަލާގެތައްޔާރުކު ރެއްވީމެވެ (އެތަކެތި ޤިޔާމަތް ދުވަހުން އެމީހުންނަށް ހުންނަހުއްޓެވެ.)

Verse 5

إِنَّ ٱلْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُورًا

Transliteration inna l-abrāra yashrabūna min kasin kāna mizājuhā kāfūran

Dhivehi (އަދި ޤިޔާމަތް ދުވަހުން) ކިޔަމަންތެރި ތެދުވެރި މާތް މީހުން އެބަހީ - أَبْرَار ން - ފުރިފައިވާ ރަލުގެ ތަށިތަކުން ބޯނެއެވެ. އޭގައި ކާފޫރު ތާސީރު އެކުލެވިގެންވާނެއެވެ. (އޭގެ މީރުކަމާއި ސާފުކަމުގެ މިންވަރު އިޙްސާސްކުރެވޭނީ ހަމައެކަނި ބުއީމައެވެ.)

Verse 6

عَيْنًا يَشْرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفْجِيرًا

Transliteration ʿaynan yashrabu bihā ʿibādu l-lahi yufajjirūnahā tafjīran

Dhivehi އެއީ ﷲ ގެ މާތް އަޅުތަކުން ބުއިމަށްވާއާރެކެވެ. (އެމީހުން ސުވަރުގޭގައި ވޭތިކުރާއިރު) އެއާރު އެވަގުތަކުއެމީހުން އެތިބިތާކުވާނެއެވެ. (ފަސޭހަކަމާއިއެކު އެއަޅުތަކުން އެއިން ބޯނެއެވެ. އެބައިމީހުން ދިޔަކޮންމެ ތަނަކަށް އެއާރު ދެމެމުންދާނެއެވެ.)

Verse 7

يُوفُونَ بِٱلنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُۥ مُسْتَطِيرًا

Transliteration yūfūna bil-nadhri wayakhāfūna yawman kāna sharruhu mus'taṭīran

Dhivehi އެމީހުންނަކީ އެމީހުން ދުނިޔޭގައި އުޅުނުއިރު ނަދުރެއްބުނެފިއްޔާ ފުއްދާ މީހުންނެވެ. އަދި އެމީހުންނަކީ ދުނިޔޭގައި އުޅުނުއިރު އެދުވަހެއްގެ ބިރުވެރިކަން ފެތުރިގެންވާ ދުވަހަކާއިމެދު ބިރުވެތިވީކަމުގައި ވީމީހުންނެވެ. އެދުވަހަކީ ޤިޔާމަތްދުވަހެވެ.

Verse 8

وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًا وَيَتِيمًا وَأَسِيرًا

Transliteration wayuṭ'ʿimūna l-ṭaʿāma ʿalā ḥubbihi mis'kīnan wayatīman wa-asīran

Dhivehi އަދި އެމީހުންނަކީ އެމީހުން ދުނިޔޭގައި އެމީހުންކާއެތިކޮޅައް ލޯބި ހުރުމާއެކުވެސް މިސްކީނުންނަށާއި ޔަތީމުންނަށާއި އަދި ހައްޔަރުވެފައިވާ މީހުންނަށް އެކާއެތިކޮޅު ދޭމީހުންނެވެ. ނުވަތަ ﷲ ގެ ރުއްސެވުމުގެ ލޯބިން އެމީހުންނަށް ކާއެތިކޮޅު ދިން މީހުންނެވެ.

Verse 9

إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءً وَلَا شُكُورًا

Transliteration innamā nuṭ'ʿimukum liwajhi l-lahi lā nurīdu minkum jazāan walā shukūran

Dhivehi (އަދި އެކާއެތިކޮޅު ދެމުން އެމީހުން ބުނެއެވެ.) އަހުރެމެން ކަލޭމެންނަށް ކާއެތިކޮޅު މިދެނީ ﷲ ގެ ވަޖުހު ފުޅައްޓަކައެވެ. (އެކަލާނގެ ރުހިވޮޑިގަތުން ލިބުމަށްޓަކައެވެ.) ކަލޭމެންގެ ފަރާތުން މީގެ އެއްވެސް ބަދަލެއް އަދި ކަލޭމެންގެ ފަރާތުން އެއްވެސް ޝުކުރެއް އަދި ޘަނާއެއްއަހުރެމެން ނޭދެމެވެ.

Verse 10

إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًا قَمْطَرِيرًا

Transliteration innā nakhāfu min rabbinā yawman ʿabūsan qamṭarīran

Dhivehi ހަމަކަށަވަރުން އަހުރެމެން ބިރުގަންނަނީ ކަންބޮޑުވެގެން މޫނުތަށް ހަޑިވެ އަދި ހިތްތަކަށް ބިރުވެރިކަންވަދެ ކަންބޮޑުވާދުވަހު އަހުރެމެންގެ رَبُّ ގެ ޙަޟްރަތުން އަތުވެދާނެ ބިރުވެރިކަމާއިމެދުގައެވެ.

Verse 11

فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلْيَوْمِ وَلَقَّىٰهُمْ نَضْرَةً وَسُرُورًا

Transliteration fawaqāhumu l-lahu sharra dhālika l-yawmi walaqqāhum naḍratan wasurūran

Dhivehi ފަހެ ﷲ ތަޢާލާ އެދުވަހުގެ ބިރުވެރިކަމުން އެމީހުން ސަލާމަތް ކުރެއްވިއެވެ. އަދި އެކަލާނގެ އެމީހުންގެ މޫނުތަކަށް ތާޒާކަމާއި އަލިކަންދެއްވައި އެމީހުންގެ ހިތްތަކަށް އުފާފާގަތިކަން ދެއްވައިފިއެވެ.

Verse 12

وَجَزَىٰهُم بِمَا صَبَرُوا۟ جَنَّةً وَحَرِيرًا

Transliteration wajazāhum bimā ṣabarū jannatan waḥarīran

Dhivehi އަދި އެމީހުން ދުނިޔޭގައި ކެތްތެރިވީ ކަމައްޓަކައި އެކަލާނގެ އެމީހުންނަށް މާތްވެގެންވާ ސުވަރުގެ ދެއްވައި އަދި ފަށުވިފޭރާން ދެއްވިއެވެ.

Verse 13

مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۖ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا

Transliteration muttakiīna fīhā ʿalā l-arāiki lā yarawna fīhā shamsan walā zamharīran

Dhivehi އެމީހުން ސުވަރުގޭގައިވާ ސޯފާތަކުގައި ލެނގިލައިގެން މަޖަލުގައި ތިބޭނެއެވެ. އަދި އެސުވަރުގޭގައި ތިބޭއިރު އަވީގެ ހޫނުކަމެއް އަދި ގަދަފިނިކަމެއްވިޔަސް އެމީހުންނުދެކޭނެއެވެ.

Verse 14

وَدَانِيَةً عَلَيْهِمْ ظِلَـٰلُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا

Transliteration wadāniyatan ʿalayhim ẓilāluhā wadhullilat quṭūfuhā tadhlīlan

Dhivehi އަދި އެމީހުންގެ މައްޗަށް އެސުވަރުގޭގެ ގަސްގަހުގެ ހިޔާއެޅިގެންވެއެވެ. އަދި އެތާނގެ މޭވާތައް އެމީހުންނަށް ބިންނަންފަސޭހަވާނޭގޮތުން ގާތްވެ ކިޔަމަންވެގެންވެއެވެ. (ކޮޅަށް ތިބެގެންވެސް އިށީނދެ އިނދެގެންވެސް އަދި އޮށޯވެ އޮވެގެންވެސް ބިނދެވޭގޮތަށް ހަމަޖެހިގެންވެއެވެ.)

Verse 15

وَيُطَافُ عَلَيْهِم بِـَٔانِيَةٍ مِّن فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا۠

Transliteration wayuṭāfu ʿalayhim biāniyatin min fiḍḍatin wa-akwābin kānat qawārīrā

Dhivehi އަދި އެމީހުންގެ ގާތުގައި އެމީހުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ބޮވޭގޮތަށް ބިއްލޫރިފަދަ ސާފު ރިހީގެ ކަންވާރުތަށް ހިފައިގެން ޚާދިމުން ދައުރުކުރާނެއެވެ.

Verse 16

قَوَارِيرَا۟ مِن فِضَّةٍ قَدَّرُوهَا تَقْدِيرًا

Transliteration qawārīrā min fiḍḍatin qaddarūhā taqdīran

Dhivehi އެބިއްލޫރި ރިހި ފަދައެވެ. (އެބަހީ އެކަންވާރުގައި ރިހީގެހުދުކަމާއި ބިއްލޫރީގެ ސާފުކަން އެކުލެވިގެންވެއެވެ.) އަދި އެކަންވާރުން ބޯމީހާ ބޭނުންވާވަރަކައް ގިނަނުކޮށް މަދުވެސް ނުކޮށް ހުންނަންވާ މިންވަރައް ޚާދިމުން އެމިންވަރު ކުރައްވައެވެ.

Verse 17

وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا

Transliteration wayus'qawna fīhā kasan kāna mizājuhā zanjabīlan

Dhivehi އަދި ސުވަރުގޭގައި އެމީހުންނަށް ޒަންޖަބީލުގެ ތާސީރު އެކުލެވިގެންވާ ރާތަށި ބޯންދެވޭނެއެވެ.

Verse 18

عَيْنًا فِيهَا تُسَمَّىٰ سَلْسَبِيلًا

Transliteration ʿaynan fīhā tusammā salsabīlan

Dhivehi އެއީ ސުވަރުގޭގައިވާ سَلْسَبِيْل އެވެ ކިޔާ އާރެކެވެ. އެއީ އޭގެ މީރުކަން ނިހާޔަތަށް ގޮސްފައިވާ ދިރުވައިލަން އެހާ ފަސޭހަ އަދި ބޯމީހާ އެހާ ބޯހިތްވާ ބުއިމެކެވެ.

Verse 19

۞ وَيَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنثُورًا

Transliteration wayaṭūfu ʿalayhim wil'dānun mukhalladūna idhā ra-aytahum ḥasib'tahum lu'lu-an manthūran

Dhivehi އަދި ނުހަނު ރީތި މުސްކުޅިނުވާ ތަރޯ ތާޒާ ކުޑަކުދިން ސުވަރުގޭގެ އަހުލުވެރިންގެ ޚިދުމަތުގައި އެމީހުންގެ ވަށައިގެން ދައުރުކުރާނެއެވެ. އެކުދިން ކަލެއަށް ފެނިއްޖެއްޔާ އެކުދިންނާމެދު ކަލެޔަށް ހީވާނީ ފެތުރިފައިވާ ރީތި ރަން މުތްތަކެއް ހެންނެވެ.\n* ދަންނައެވެ. ސުވަރުގޭގައިވާކަމައް ނަންކިޔިގެންވާ ކޮންމެ މޭވާއެއް އަދި ކޮންމެ ކާއެއްޗެއް އެއީ ހަމަ އިންސާނާގެ ވިސްނުމަށް ގެނައުމަށް ފަސޭހަވުމައްޓަކައިވާނަމައެވެ. އޭގެ ރަހަޔާއި ތާސީރު އަދި ކުލަޔާވަސް ބުނަންނޭނގޭހާ ތަފާތުވާނެއެވެ. މީރުކަން ބަޔާން ނުކުރެވޭނެއެވެ. ދުލަކުން ބަޔާންނުކުރެވޭނެއެވެ. ލޮލަކުން ދެކިފައި ނުވާހާ ރީތިވާނެއެވެ. ކަންފަތަކުން އެފަދައެއްޗެއްގެ އަޑު އަހައިފައިނުވާނެއެވެ. ހިތުގައި އޭގެ ޙިޔާލުވެސް ހިނގާފައިނުވާނެއެވެ.

Verse 20

وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا

Transliteration wa-idhā ra-ayta thamma ra-ayta naʿīman wamul'kan kabīran

Dhivehi އަދި ކަލޭ ސުވަރުގެއަށް ލޯހިންގައި ބަލާލީމާ ސިފަނުކުރެވޭފަދަ ނިޢުމަތް ކަލޭ ދެކޭނެއެވެ. އަދި މިންވަރު ނުކުރެވޭފަދަ ބޮޑު ވެރިކަމާއި ޝަރަފު ދެކޭނެއެވެ.

Verse 21

عَـٰلِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ ۖ وَحُلُّوٓا۟ أَسَاوِرَ مِن فِضَّةٍ وَسَقَىٰهُمْ رَبُّهُمْ شَرَابًا طَهُورًا

Transliteration ʿāliyahum thiyābu sundusin khuḍ'run wa-is'tabraqun waḥullū asāwira min fiḍḍatin wasaqāhum rabbuhum sharāban ṭahūran

Dhivehi ސުވަރުގެވަންތަވެރިންގެ ފޭރާމުގެ މަތިންފެންނަ ފޭރާމަކީ ސުންދުސިފޭރާމަކާއި އިސްތަބުރަޤު ކިޔާ ވައްތަރެއްގެފޭރާމެކެވެ. އެއީ ފަށުވިފޮތީގެ ތުނިފޮއްޗާއި އޭގެބޯފޮއްޗެވެ. އަދި އެބައިމީހުންގައި ރިހީގެ އުޅާއެޅުވޭނެއެވެ. އަދި އެމީހުންނަށް شَرَابًا طَهُورًا އެވެ ކިޔާބުއިމެއް ބޯންދެވޭނެއެވެ.\nދަންނައެވެ. މިސޫރަތުގައިމިވަނީ ރިހީގެ އުޅާއެޅުވޭނެވާހަކައެވެ. فَاطِرُ ސޫރަތުގައިވަނީ ރަނުގެ އުޅާއެޅުވޭނެވާހަކައެވެ. ވީމާދެއާޔަތް ޖަމާކުރާއިރު ނަތީޖާއަކީ އެދެބާވަތުގެ އުޅާވެސް އެޅުވޭނެކަމެވެ. އަދި ދަންނައެވެ. شَرَابًا طَهُورًا އެވެ އޮތްބަސްފުޅުން އެނގެނީ ވަރަށް طَاهِرُ ބުއިމެއްދެއްވާނެކަމެވެ. އެއީ ﷲ ދެއްވާނެ خَاصَّ ބުއިމެކެވެ. أبُو قِلابَة އާއި إبْرَاهِيْمُ النَّخَعِيْ އާއި ދެބޭކަލުންވިދާޅުވިއެވެ. ސުވަރުގޭގެ އަހުލުވެރިންނަށް ކާތަކެތި ގެނެވޭނެއެވެ. އެތަކެތިކެއުމަށްފަހު ވަރަށްމީރު ވަރަށް طَاهِرُ ބުއިމެއްދެއްވާނެއެވެ. އެއީ ﷲގެ خَاصَّ ކަރާމަތެކެވެ. އެބުއިންބޮއިލީމާ ބަނޑުހިނދި ގައިން ގޮމަކަސްތޫރިވަސްދުވާ ދަލެއްހިއްލާނެއެވެ. އެބުއިމަކީ شَرَابًا طَهُورًا އެވެ. = فَتْحُ القَدِيْر =

Verse 22

إِنَّ هَـٰذَا كَانَ لَكُمْ جَزَآءً وَكَانَ سَعْيُكُم مَّشْكُورًا

Transliteration inna hādhā kāna lakum jazāan wakāna saʿyukum mashkūran

Dhivehi (އަދި ސުވަރުގޭގެ އަހުލުވެރިންނަށް الله حَضْرة ން ނިދާއިއްވެވޭނެއެވެ.) މިހުރިހާ نِعْمَةُ އަކީ ކަލޭމެންކުރި ރަނގަޅު ޢަމަލުތަކުގެ ޖަޒާއެއްގެގޮތުން الله ދެއްވާދަރުމަކުރެއްވި فَضْلُ ވަންތަކަމެވެ. ހަމަކަށަވަރުން ކަލޭމެންގެ ޢަމަލުތައްވަނީ ޤަބޫލުވެވި ޝުކުރުވެރި ވެވިގެންނެވެ.

Verse 23

إِنَّا نَحْنُ نَزَّلْنَا عَلَيْكَ ٱلْقُرْءَانَ تَنزِيلًا

Transliteration innā naḥnu nazzalnā ʿalayka l-qur'āna tanzīlan

Dhivehi (އޭ رَسولُ الله އެވެ!) ހަމަކަށަވަރުން ކަނޑައެޅިގެން ކަލޭގެފާނުންގެ މައްޗަށް މި قُرْآنُ މިބާވާތްލައްވަނީ ހަމަތިމަން ރަސްކަލާނގެއެވެ.

Verse 24

فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ ءَاثِمًا أَوْ كَفُورًا

Transliteration fa-iṣ'bir liḥuk'mi rabbika walā tuṭiʿ min'hum āthiman aw kafūran

Dhivehi (އޭ رَسولُ الله އެވެ!) އެހެންވެ ކަލޭގެފާނުންގެ رَبُّ ގެ حُكُم ފުޅަށް އަދި އެކަލާނގެ ނިޔާފުޅަށް ކެތްތެރިވެވަޑައި ގަންނަވާށެވެ! އަދި އެމީހުންގެތެރެއިން ފާފަވެރިއަކަށްވިޔަސް އަދި ކާފަރަކަށްވިޔަސް ކަލޭގެފާނު ކިޔަމަންވެ ވަޑައި ނުގަންނަވާށެވެ! (އެއީ مَكَّة ގެ مُشْرِك ންކުރެ عَتَبَة ابْنُ رَبِيْعَة އާއި الوَلِيْد بْنُ المُغِيْرَة އާއި ދެމީހުން ކަމުގައިވެސް ބުނެވުނެވެ.)

Verse 25

وَٱذْكُرِ ٱسْمَ رَبِّكَ بُكْرَةً وَأَصِيلًا

Transliteration wa-udh'kuri is'ma rabbika buk'ratan wa-aṣīlan

Dhivehi އަދި ކަލޭގެފާނުނެ ހެދުނާއި ހަވީރު އެކަލާނގެ ހަނދުމަކުރައްވާށެވެ!އެބަހީ އެކަލާނގެއަށް ذِكْرُ ކުރައްވާށެވެ!

Verse 26

وَمِنَ ٱلَّيْلِ فَٱسْجُدْ لَهُۥ وَسَبِّحْهُ لَيْلًا طَوِيلًا

Transliteration wamina al-layli fa-us'jud lahu wasabbiḥ'hu laylan ṭawīlan

Dhivehi އަދި ރޭގަނޑު އެކަލާނގެއަށް ސަޖިދަކުރައްވައި އަޅުކަންކުރައްވާށެވެ! އަދި ރޭގަނޑުގެ ގިނަވަޤްތު އެކަލާނގެއަށް تَسْبِيْح ވިދާޅުވާށެވެ!

Verse 27

إِنَّ هَـٰٓؤُلَآءِ يُحِبُّونَ ٱلْعَاجِلَةَ وَيَذَرُونَ وَرَآءَهُمْ يَوْمًا ثَقِيلًا

Transliteration inna hāulāi yuḥibbūna l-ʿājilata wayadharūna warāahum yawman thaqīlan

Dhivehi ހަމަކަށަވަރުން މިބައިމީހުން އެބަހީ މައްކާގެ ކާފަރުންނާއި ދެންވެސް އެބާވަތުގެ އެންމެންވެސް) މިފަނާވެދަނިވި އަވަސްދުނިޔެއަށް ލޯބިކުރަނީއެވެ. އަދިއެމީހުން އެމީހުންގެ ކުރިޔަށް ބުރަވެގެންވާ ދުވަހެއްދޫކުރަނީއެވެ. އެއީ އެދުވަހުގެ ކަންތައް ދަތިވެގެންވާ قِيَامَة ދުވަހެވެ.

Verse 28

نَّحْنُ خَلَقْنَـٰهُمْ وَشَدَدْنَآ أَسْرَهُمْ ۖ وَإِذَا شِئْنَا بَدَّلْنَآ أَمْثَـٰلَهُمْ تَبْدِيلًا

Transliteration naḥnu khalaqnāhum washadadnā asrahum wa-idhā shi'nā baddalnā amthālahum tabdīlan

Dhivehi އެމީހުން ހެއްދެވީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި އެމީހުންގެ ހުޅުތަކާއި ނާރުތަކާއި ތިމަންރަސްކަލާނގެ ގަދަކޮށްދެއްވީމެވެ. ބަރާބަރުކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެދިވޮޑި ގެންނެވިނަމަ އެމީހުންގެ ހެއްދެވުން ބަދަލުކުރައްވައި މާހުތުރުސިފައަކަށް އެމީހުން ހައްދަވައިފީހެވެ. ނުވަތައެމީހުން ހަލާކު ކުރައްވައި الله އަށް ކިޔަމަންތެރި އެހެންބަޔަކު ގެންނަވައިފީހެވެ.

Verse 29

إِنَّ هَـٰذِهِۦ تَذْكِرَةٌ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا

Transliteration inna hādhihi tadhkiratun faman shāa ittakhadha ilā rabbihi sabīlan

Dhivehi ހަމަކަށަވަރުން މިސޫރަތުގައި މިވަނީ وَعْظُ އާއި نَصِيْحَة އާއި عِبْرَة އެވެ. ފަހެ އެދޭމީހަކު އެމީހެއްގެ رَبُّ ގެ حَضْرة އަށް ވާސިވުމަށް މަގެއް އިޚްތިޔާރު ކުރާށެވެ. އެއީ އީމާންވެ ހެޔޮޢަމަލު ކޮށްގެންނެވެ.

Verse 30

وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا

Transliteration wamā tashāūna illā an yashāa l-lahu inna l-laha kāna ʿalīman ḥakīman

Dhivehi އަދި الله އިރާދަކުރެއްވިއްޔާމެނުވީ ކަލޭމެންނަށް އެސީދާމަގު އިޚްތިޔާރުވެސް ނުކުރެވޭނެއެވެ. ހަމަކަށަވަރުން الله ވޮޑިގެންވަނީ ދެނެވޮޑިގެންވާ حِكْمَة ވަންތަ ކަލަކު ކަމުގައެވެ.

Verse 31

يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّـٰلِمِينَ أَعَدَّ لَهُمْ عَذَابًا أَلِيمًۢا

Transliteration yud'khilu man yashāu fī raḥmatihi wal-ẓālimīna aʿadda lahum ʿadhāban alīman

Dhivehi އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ رَحْمَةُ ގެތެރެއަށް ވައްދަވައެވެ. (އެއީ އެމީހެއްގެ ނިޔަތް ތެދުވެރިވެއްޖެމީހެކެވެ.) އަދި އަނިޔާވެރިންނަށް އެކަލާނގެ ތައްޔާރުކުރައްވާފައިވަނީ ވޭންދެނިވި عَذَابُ އެވެ.

Read Surah Al-Insan in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.