MyDugsiStart learning

Surah Al-Hadid in Dhivehi: translation and audio

Surah 57 · الحديد · The Iron · 29 verses

Surah Al-Hadid verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Hadid word by word in English.

Verse 1

سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

Transliteration sabbaḥa lillahi mā fī l-samāwāti wal-arḍi wahuwa l-ʿazīzu l-ḥakīmu

Dhivehi އުޑުތަކާއި ބިމުގައި ވާހާތަކެތި الله އަށް تَسْبِيْحَ ކިޔައެވެ. އަދި އެކަލާނގެއީ ގަދަފަދަވަންތަވެވޮޑިގެންވާ އަދި حِكْمَة ވަންތަވެވޮޑިގެންވާކަލާނގެއެވެ.

Verse 2

لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يُحْىِۦ وَيُمِيتُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration lahu mul'ku l-samāwāti wal-arḍi yuḥ'yī wayumītu wahuwa ʿalā kulli shayin qadīrun

Dhivehi އުޑުތަކާއި ބިމުގައިވާހާތަކެތި އެކަލާނގެއަށް خَاصَّ ވެގެންވެއެވެ. އެކަލާނގެ ތަކެތި ދިރުއްވާ މަރުއްވައެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.

Verse 3

هُوَ ٱلْأَوَّلُ وَٱلْـَٔاخِرُ وَٱلظَّـٰهِرُ وَٱلْبَاطِنُ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ

Transliteration huwa l-awalu wal-ākhiru wal-ẓāhiru wal-bāṭinu wahuwa bikulli shayin ʿalīmun

Dhivehi އެކަލާނގެއީ އެންމެފުރަތަމައެވެ. އެކަލާނގެއަށްވުރެކުރިން އެކައްޗެއްވެސް ނުވެއެވެ. އަދި އެކަލާނގެއީ އެންމެފަހެވެ. އެކަލާނގެއަށްވުރެ ފަހުން އެކައްޗެއްވެސް ނުވާނެއެވެ. އަދި އެއީ ހުރިހާ އެއްޗެއްގެމަތީ ވޮޑިގެންވާ ކަލާނގެއެވެ. (ނުވަތަ ދަލީލުތަކާއި حُحَّة ތަކުން އެކަލާނގެ ވޮޑިގެންވާކަން ފައުޅުވެގެންވާ ކަލާނގެއެވެ. އަދި އެއީ އެންމެ އަޑީގައިވާހާތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަދި އެއީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 4

هُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۖ وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ

Transliteration huwa alladhī khalaqa l-samāwāti wal-arḍa fī sittati ayyāmin thumma is'tawā ʿalā l-ʿarshi yaʿlamu mā yaliju fī l-arḍi wamā yakhruju min'hā wamā yanzilu mina l-samāi wamā yaʿruju fīhā wahuwa maʿakum ayna mā kuntum wal-lahu bimā taʿmalūna baṣīrun

Dhivehi ހަދުވަހެއްގެތެރޭގައި އުޑުތަކާއި ބިންހެއްދެވީ ހަމައެކަލާނގެއެވެ. ދެންއެކަލާނގެ عَرْشއަށް اسْتَوَىٰ ވެވޮޑިގެންނެވިއެވެ. އެކަލާނގެ ދެނެވޮޑިގެންވެއެވެ. ބިމުގެތެރެއަށްވަންނަހާތަކެއްޗާއި އަދި އެތަނުން ނުކުންނަހާ ތަކެއްޗާއި އަދި އުޑުން ފައިބާ ތަކެއްޗާއި އަދި އެއުޑަށް އަރައިގެންދާހުރިހާތަކެއްޗާއި މިހުރިހާތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ (ދެނެވޮޑިގަތުމާއި ކުޅަދުންވަންތަކަން) ވަނީ ކަލޭމެންވީ ކޮންމެތަނެއްގައި ކަލޭމެންނާއި އެކުގައެވެ. އަދި الله ކަލޭމެން ކުރާހާކަމަކަށް الله ބައްލަވާ ވޮޑިގެންވެއެވެ.

Verse 5

لَّهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ

Transliteration lahu mul'ku l-samāwāti wal-arḍi wa-ilā l-lahi tur'jaʿu l-umūru

Dhivehi އުޑުތަކާބިމުގެ މުޅި މިލްކު خَاصَّ ވެގެން ވަނީ އެކަލާނގެއަށެވެ. އަދި އެންމެހައި ކަންތައްތައް އެނބުރި އައުންވަނީ ހަމަ ﷲ ގެ حَضْرةُ އަށެވެ.

Verse 6

يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۚ وَهُوَ عَلِيمٌۢ بِذَاتِ ٱلصُّدُورِ

Transliteration yūliju al-layla fī l-nahāri wayūliju l-nahāra fī al-layli wahuwa ʿalīmun bidhāti l-ṣudūri

Dhivehi އެކަލާނގެ ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވައެވެ. އަދި ރޭގަނޑުގެތެރެއަށް ދުވާލު ވައްދަވައެވެ. އަދި އެކަލާނގެއީ ހިތްތަކުގެ އެތެރޭގައި ވާހާތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. (ضَمِيْرُ ތަކުގައި ވަންހަނާވެފައިވާ އެންމެހައި ތަކެތިވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.)

Verse 7

ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَأَنفِقُوا۟ مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ۖ فَٱلَّذِينَ ءَامَنُوا۟ مِنكُمْ وَأَنفَقُوا۟ لَهُمْ أَجْرٌ كَبِيرٌ

Transliteration āminū bil-lahi warasūlihi wa-anfiqū mimmā jaʿalakum mus'takhlafīna fīhi fa-alladhīna āmanū minkum wa-anfaqū lahum ajrun kabīrun

Dhivehi ކަލޭމެން الله އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވާށެވެ. އަދި ކަލޭމެން ނަށް އެކަލާނގެ ލައްވާފައިވާ އެތަކެތީގައި ކަލޭމެން تَصَرُّفُ ކުރުމަށް خَلِيْفَة ވެރި ކުރުވާފައިވާ އެ ތަކެތީން ކަލޭމެން ހޭދަކުރާށެވެ. ކަލޭމެންގެތެރެއިން އީމާން ވެ އަދި އެމީހުން (الله އެންގެވިފަދައިން) ހޭދަކުރި މީހުން ދަންނައެވެ. އެމީހުންނަށް ހުރީ ބޮޑުވެގެންވާ ދަރުމައެވެ.

Verse 8

وَمَا لَكُمْ لَا تُؤْمِنُونَ بِٱللَّهِ ۙ وَٱلرَّسُولُ يَدْعُوكُمْ لِتُؤْمِنُوا۟ بِرَبِّكُمْ وَقَدْ أَخَذَ مِيثَـٰقَكُمْ إِن كُنتُم مُّؤْمِنِينَ

Transliteration wamā lakum lā tu'minūna bil-lahi wal-rasūlu yadʿūkum litu'minū birabbikum waqad akhadha mīthāqakum in kuntum mu'minīna

Dhivehi އަދި ކަލޭމެން الله އަށް އީމާން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ކޮންކަމަކާހެދިހެއްޔެވެ؟ އަދި ކަލޭމެންކަލޭމެންގެ رَبُّ އަށް އީމާންވުމަށް ރަސޫލާ ކަލޭމެނަށް ގޮވައިލައްވަނީއެވެ. އަދި ހަމަކަށަވަރުން އެކަލާނގެ ވަނީ ކަލޭމެންގެ عَهْدُ ކަށަވަރު ހިއްޕަވާފައެވެ. ކަލޭމެންނަކީ މުއުމިނުން ކަމުގައި ވަންޏާ (އެކަމަށް ސަމާލުވުން ހުއްޓެވެ.)

Verse 9

هُوَ ٱلَّذِى يُنَزِّلُ عَلَىٰ عَبْدِهِۦٓ ءَايَـٰتٍۭ بَيِّنَـٰتٍ لِّيُخْرِجَكُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۚ وَإِنَّ ٱللَّهَ بِكُمْ لَرَءُوفٌ رَّحِيمٌ

Transliteration huwa alladhī yunazzilu ʿalā ʿabdihi āyātin bayyinātin liyukh'rijakum mina l-ẓulumāti ilā l-nūri wa-inna l-laha bikum laraūfun raḥīmun

Dhivehi ބަޔާންވެގެންވާ އާޔަތްތައް އެކަލާނގެ އަޅާގެމައްޗަށް ބާވާތްލައްވަނީ ހަމަ އެކަލާނގެއެވެ. އެއީ (ޖާހިލުކަމާއި ޝިރުކުގެ) އަދިރީގެތެރެއިން އެކަލާނގެ ކަލޭމެން ނެރުއްވުމައްޓަކަ ޔާއި އަދި (އީމާންކަމާއި ޢިލްމުގެ) އަލިކަމުގެ ތެރެއަށް ކަލޭމެން ވެއްދުމަށެވެ. އަދި ހަމަކަށަވަރުން الله تَعَالىއީ ކަލޭމެންނާއިމެދު ނުހަނު އޯގާވަންތަ އަދި رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަން ކަށަވަރެވެ.

Verse 10

وَمَا لَكُمْ أَلَّا تُنفِقُوا۟ فِى سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ لَا يَسْتَوِى مِنكُم مَّنْ أَنفَقَ مِن قَبْلِ ٱلْفَتْحِ وَقَـٰتَلَ ۚ أُو۟لَـٰٓئِكَ أَعْظَمُ دَرَجَةً مِّنَ ٱلَّذِينَ أَنفَقُوا۟ مِنۢ بَعْدُ وَقَـٰتَلُوا۟ ۚ وَكُلًّا وَعَدَ ٱللَّهُ ٱلْحُسْنَىٰ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ

Transliteration wamā lakum allā tunfiqū fī sabīli l-lahi walillahi mīrāthu l-samāwāti wal-arḍi lā yastawī minkum man anfaqa min qabli l-fatḥi waqātala ulāika aʿẓamu darajatan mina alladhīna anfaqū min baʿdu waqātalū wakullan waʿada l-lahu l-ḥus'nā wal-lahu bimā taʿmalūna khabīrun

Dhivehi (އޭމީސްތަކުންނޭވެ!) ކަލޭމެންގެ އަތުގައިވާ މުދަލުން ﷲ ގެމަގުގައި ކަލޭމެން ހޭދަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ (އެއީ ކަލޭމެން تَصَرُّفُ ކުރުމަށް الله ކަލޭމެނަށް ދެއްވާފައިވާ އެކަލާނގެ މުދަލެވެ.) އަދި އުޑުތަކާއި ބިންތަކުގެ މުޅި ވާރުތަ މިލްކުވެ خَاصَّ ވެގެންވަނީ ހަމަ އެކާނގެއަށެވެ. އެއީ އެންމެހައި خَلقُ ތަކުން މަރުވުމަށްފަހުވެސް އުޑުތަކާއި ބިންތަކާއި އަދި އެދެމެދުގައި ވާހާތަކެތީ ވާރުތަ މިލްކުވެގެންވާނީ ވެސް ހަމައެކަނި އެކަލާނގެއަށެވެ. މަރުވެގެން ދާއިރު އެކަކުވެސް އެއްވެސް މުދަލެއް ނުގެންދާނެއެވެ. ދެންފަހެ މައްކާ فَتَحَ ވުމުގެކުރިން ކަލޭމެންކުރެ ﷲ ގެ މަގުގައި މުދާހޭދަކޮށް ހަނގުރާމަކުރިމީހުންނާއި މައްކާ فَتَحَ ވުމުގެ ފަހުން ﷲ ގެ މަގުގައި މުދާހޭދަކޮށް ހަނގުރާމަކުރިމީހުންނާއި މިދެބައިމީހުން މާތްކަމާއި ދަރަޖައިގެގޮތުން ހަމަހަމަވެގެން ނުވެއެވެ. މައްކާ فَتَحَ ވުމުގެކުރިން ކަލޭމެންކުރެ ﷲގެ މަގުގައި މުދާހޭދަކޮށް ހަނގުރާމަކުރިމީހުންގެ ދަރަޖަ މާބޮޑުވެގެންވެއެވެ. އެކަމަކު އެދެބައިމީހުންކުރެ ކޮންމެބަޔަކަށްވެސް اللَّهُ وَعْدُ ކުރައްވާފައިވަނީ ހެޔޮދަރުމައެވެ. ސުވަރުގެއެވެ. އަދި اللَّهُ تَعَالى އީ ކަލޭމެން ކުރާ ހުރިހާކަމެއްގެ ޚަބަރު ދެނެވޮޑިގެންވާ ކަލާނގެއެވެ. (އަދި އެކަމުގެ ޚަބަރު އެކަލާނގެ ކަލޭމެނަށް ދެއްވާނެއެވެ.)

Verse 11

مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًا فَيُضَـٰعِفَهُۥ لَهُۥ وَلَهُۥٓ أَجْرٌ كَرِيمٌ

Transliteration man dhā alladhī yuq'riḍu l-laha qarḍan ḥasanan fayuḍāʿifahu lahu walahu ajrun karīmun

Dhivehi ރިވެތިވެގެންވާ ރަނގަޅު ދަރަންޏަކުން اللَّهُ އަށް ދަރަންޏަށްދޭނީ ކަލޭމެންކުރެ ކާކުހެއްޔެވެ؟ އެއީއެމީހަކަށް އެކަލާނގެ ގިނަކޮށް ދެއްވުމަށް ޓަކައެވެ. އަދި އެމީހަކަށް މާތް ވެގެންވާ އުޖޫރަ / ސުވަރުގެ ހުންނަހުއްޓެވެ.

Verse 12

يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَـٰنِهِم بُشْرَىٰكُمُ ٱلْيَوْمَ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ

Transliteration yawma tarā l-mu'minīna wal-mu'mināti yasʿā nūruhum bayna aydīhim wabi-aymānihim bush'rākumu l-yawma jannātun tajrī min taḥtihā l-anhāru khālidīna fīhā dhālika huwa l-fawzu l-ʿaẓīmu

Dhivehi މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުން އެމީހުންގެ ކުރިމަތިން ނާއި އަދިއެމީހުންގެ ކަނާތްފަރާތުން އެމީހުންގެ ނޫރުދާތީ / އަލިކުރާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާދުވަސް (ހަނދުމަފުޅު ކުރައްވާށެވެ!). (އެމީހުންނަށް ބުނެވޭނެއެވެ.) ކަލޭމެންނަށް މިއަދު އުފާވެރިކަން ހުއްޓެވެ. އެއީ އެތަންތާގެދަށުން އާރުތައްދެމޭ ސުވަރުގެތަކެވެ. އެމީހުން އެތާ ދެމީތިބޭހުއްޓެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީ އެވެ. އެއީ ޤިޔާމަތް ދުވަހެވެ.

Verse 13

يَوْمَ يَقُولُ ٱلْمُنَـٰفِقُونَ وَٱلْمُنَـٰفِقَـٰتُ لِلَّذِينَ ءَامَنُوا۟ ٱنظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ٱرْجِعُوا۟ وَرَآءَكُمْ فَٱلْتَمِسُوا۟ نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُۥ بَابٌۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَـٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ

Transliteration yawma yaqūlu l-munāfiqūna wal-munāfiqātu lilladhīna āmanū unẓurūnā naqtabis min nūrikum qīla ir'jiʿū warāakum fal-tamisū nūran faḍuriba baynahum bisūrin lahu bābun bāṭinuhu fīhi l-raḥmatu waẓāhiruhu min qibalihi l-ʿadhābu

Dhivehi مُنَافِقُ ފިރިހެނުންނާއި مُنَافِقُ އަންހެނުން އީމާންވީ މީހުންނާއި ދިމާއަށް ބުނާދުވަސް (ހަނދުމަފުޅު ކުރައްވާށެވެ!) އެމީހުން ބުނާނެއެވެ. ކަލޭމެންގެ އަލިކަމުން އަހުރެމެންވެސް ބައެއް ލިބިގަތުމަށް ކަލޭމެން އަހުރެމެންނަށް إنْتِظَارُ ކޮށް ލައްވާށެވެ! އެހިނދުން (އެމީހުންނަށް) ބުނެވޭނެއެވެ. ކަލޭމެން ކަލޭމެންގެ ފަހަތަށް އެނބުރިދާށެވެ. ދެން އެތަނުން ކަލޭމެން އަލިކަމެއް ލިބިގަންނާށެވެ. ދެންފަހެ އެދެބައިމީހުންގެ ދެމެދުގައި އެފާރުގައި ދޮރެއްވާ ފާރެއް (ހުރަހެއް) ލެވިދާނެއެވެ. އެފާރުގެ އެތެރެފަރާތުގައި رَحْمِة ވާ އަދި އޭގެ ބޭރުފަރާތުގައި އެޔާއި ޖެހިގެން عذَابُ ވާފާރެކެވެ.

Verse 14

يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ ۖ قَالُوا۟ بَلَىٰ وَلَـٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَٱرْتَبْتُمْ وَغَرَّتْكُمُ ٱلْأَمَانِىُّ حَتَّىٰ جَآءَ أَمْرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلْغَرُورُ

Transliteration yunādūnahum alam nakun maʿakum qālū balā walākinnakum fatantum anfusakum watarabbaṣtum wa-ir'tabtum wagharratkumu l-amāniyu ḥattā jāa amru l-lahi wagharrakum bil-lahi l-gharūru

Dhivehi އެމީހުން މިމީހުންނަށް ގޮވާނެއެވެ. (އެބަހީ މުނާފިޤުން މުއުމިނުންނަށް ގޮވާނެއެވެ.) އަދިބުނާނެއެވެ. (ދުނިޔޭގައި) އަހުރެމެން ކަލޭމެންނާއި އެކު ނުވަމުހެއްޔެވެ؟ އެބަހީ އަހުރެމެންވެސް ކަލޭމެންނާއިއެކު މުއުމިނުންނަށް ވެގެންއުޅުނީމެވެ. އެމީހުން (އެބަހީ މުއުމިނުން) ބުނާނެއެވެ. އާއެކެވެ. ތިޔައީ ތެދެކެވެ. ކަލޭމެން އަހުރެމެންނާއި އެކު އުޅުނީމުއެވެ. އަދި އެހެނެއްކަމަކު ކަލޭމެން ކަލޭމެންގެ ނަފުސުތައް ފިތުނަވެރި ކުރީއެވެ. ހަލާކު ކުރީއެވެ. އަދި ކަލޭމެން (مُحمد ފާނަށާއި މުއުމިނުންނަށް) ނުބައިގޮތްތައް ދިމާވުމަށް إنْتِظَارُ ކުރީއެވެ. އަދި ކަލޭމެން ދީނާއިމެދު ޝައްކު ކުރީއެވެ. އަދި ނުބައި އުއްމީދުތަކާއި އެދުންތައް ކަލޭމެން ހެއްލުންތެރި ކުރުވީއެވެ. އެއީ ﷲ ގެ އަމުރުފުޅު އަންނާދެން އެބަހީ މަރު އަތުވެއްޖައުމަށްދާދެނެވެ. އަދި ﷲ އާއިމެދު شَيْطَانُ ކަލޭމެން ހެއްލުންތެރި ކުރުވީއެވެ.

Verse 15

فَٱلْيَوْمَ لَا يُؤْخَذُ مِنكُمْ فِدْيَةٌ وَلَا مِنَ ٱلَّذِينَ كَفَرُوا۟ ۚ مَأْوَىٰكُمُ ٱلنَّارُ ۖ هِىَ مَوْلَىٰكُمْ ۖ وَبِئْسَ ٱلْمَصِيرُ

Transliteration fal-yawma lā yu'khadhu minkum fid'yatun walā mina alladhīna kafarū mawākumu l-nāru hiya mawlākum wabi'sa l-maṣīru

Dhivehi ދެންފަހެ މިއަދު ކަލޭމެންގެކިބައިން އެއްވެސްފިދުޔައެއް ނުހިފެވޭނެއެވެ. ޤަބޫލު ނުވެވޭނެއެވެ. އަދިކާފަރުންގެ އަތުންވިޔަސް (ޤަބޫލު ނުވެވޭނެއެވެ.) ކަލޭމެންގެ ޖާގަޔަކީނަރަކައެވެ. ކަލޭމެންގެ ސަހަރޯވެރިއަކީ އެއީއެވެ. ނުވަތަ ކަލޭމެނަށްއައުލާވެގެންވަނީ އެތަނެވެ. އެއީވާ ގޮސްތިބުން ނުބައިވެގެންވާ ތަނެކެވެ.

Verse 16

۞ أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِّنْهُمْ فَـٰسِقُونَ

Transliteration alam yani lilladhīna āmanū an takhshaʿa qulūbuhum lidhik'ri l-lahi wamā nazala mina l-ḥaqi walā yakūnū ka-alladhīna ūtū l-kitāba min qablu faṭāla ʿalayhimu l-amadu faqasat qulūbuhum wakathīrun min'hum fāsiqūna

Dhivehi އަޅެފަހެ އީމާންވީ މީސްތަކުންނަށް އެމީހުންގެ ހިތްތައް الله ހަނދާންކުރުމަށް (ﷲ ގެ ޒިކުރުމަށް ބިރުވެތިވެ މައިތިރިވާން ގާތްވެގެން ނުވޭ ހެއްޔެވެ؟ އަދި މީގެކުރިން ފޮތްދެވުނުމީހުން ފަދައިން (يَهُودِي ންނާއި نَصَارَى އިންފަދައިން.) މިމީހުން (مُحَمّد ގެފާނަށް އީމާންވީމީހުން) ނުވާހުށިކަމެވެ! ފަހެ އެމީހުންގެމައްޗަށް (يَهُودِي ންނާއި نَصَارَى އިންގެމައްޗަށް) ދުވަސްތައް ދިގުވީއެވެ. ދެން ފަހެ އެމީހުންގެ ހިތްތައް ހަރުކަށިވީއެވެ. އަދި އެމީހުންކުރެ ގިނަމީހުންވީ ފާސިޤުންކަމުގައެވެ. (ﷲ ގެ ކިޔަމަނުން ނުކުތްބަޔަކު ކަމުގައެވެ.)

Verse 17

ٱعْلَمُوٓا۟ أَنَّ ٱللَّهَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ قَدْ بَيَّنَّا لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَعْقِلُونَ

Transliteration iʿ'lamū anna l-laha yuḥ'yī l-arḍa baʿda mawtihā qad bayyannā lakumu l-āyāti laʿallakum taʿqilūna

Dhivehi ކަލޭމެން ދަންނާށެވެ. ބިންގަނޑު މަރުވެފައި އޮތުމަށްފަހު ހަމަކަށަވަރުން الله تَعَالى އެބިންގަނޑުދިރުއްވައެވެ. ކަލޭމެން ބުއްދިކޮށް ފިކުރު ކުރޭތޯ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެންނަށް އާޔަތްތައް ބަޔާކޮށް ދެއްވައިފީމެވެ.\nދަންނައެވެ. ބިންގަނޑުމަރުވެފައި އޮއްވާ އެބިންގަނޑު ދިރުއްވައި ގަސްތައްފަޅުއްވައި ތާޒާކޮށްލެއްވި ކަލަކަށް މީސްތަކުން މަރުވުމަށްފަހު އެމީހުން ދެވަނަފަހަރަށް ދިރުއްވައި ފޮނުއްވުމަށް ދަތިނުވާނެކަން ސަލާމަތްބުއްދިހުރި ކޮންމެމީހަކަށް އެނގޭނެއެވެ.

Verse 18

إِنَّ ٱلْمُصَّدِّقِينَ وَٱلْمُصَّدِّقَـٰتِ وَأَقْرَضُوا۟ ٱللَّهَ قَرْضًا حَسَنًا يُضَـٰعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ

Transliteration inna l-muṣadiqīna wal-muṣadiqāti wa-aqraḍū l-laha qarḍan ḥasanan yuḍāʿafu lahum walahum ajrun karīmun

Dhivehi ހަމަކަށަވަރުން صَدَقَة ކޮށް ހޭދަކުރާ ފިރިހެނުން ނާއި އަދި صَدَقَة ކޮށް ހޭދަކުރާ އަންހެނުން އަދި އެމީހުން ރަނގަޅުވެގެންވާ ދަރަންޏަކުން الله އަށް ދަރަނިދީ ހެދި މީހުން ދަންނައެވެ. އެމީހުންނަށް އެތައްގުނައަކަށް ثَوَابُ އިތުރު ކުރެވޭނެއެވެ. އަދި އެމީހުންނަށް ހުންނަހުރީ މާތްވެގެންވާ ދަރުމައެވެ

Verse 19

وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦٓ أُو۟لَـٰٓئِكَ هُمُ ٱلصِّدِّيقُونَ ۖ وَٱلشُّهَدَآءُ عِندَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ ۖ وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ

Transliteration wa-alladhīna āmanū bil-lahi warusulihi ulāika humu l-ṣidīqūna wal-shuhadāu ʿinda rabbihim lahum ajruhum wanūruhum wa-alladhīna kafarū wakadhabū biāyātinā ulāika aṣḥābu l-jaḥīmi

Dhivehi އަދި الله އަށާއި އެކަލާނގެ ރަސޫލުންނަށް އީމާންވީ މީސްތަކުން ކަނޑައެޅިގެން އެމީހުން އެއީ އެމީހުންގެ رَبُّ ގެ حَضْرَةُ ގައި صِدِّيْقُ ންނާއި ޝަހީދުންނެވެ. އެމީހުންނަށް އެމީހުންގެ ދަރުމަ ޔާއި އަދި އެމީހުންގެ ނޫރާއި / އެއަލިކަމާއި ހުންނަހުއްޓެވެ. އަދި ކާފަރުވީ މީސްތަކުން އަދި އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް ހެދިމީހުން ދަންނައެވެ، އެމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ.

Verse 20

ٱعْلَمُوٓا۟ أَنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌۢ بَيْنَكُمْ وَتَكَاثُرٌ فِى ٱلْأَمْوَٰلِ وَٱلْأَوْلَـٰدِ ۖ كَمَثَلِ غَيْثٍ أَعْجَبَ ٱلْكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّا ثُمَّ يَكُونُ حُطَـٰمًا ۖ وَفِى ٱلْـَٔاخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ ٱللَّهِ وَرِضْوَٰنٌ ۚ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَـٰعُ ٱلْغُرُورِ

Transliteration iʿ'lamū annamā l-ḥayatu l-dun'yā laʿibun walahwun wazīnatun watafākhurun baynakum watakāthurun fī l-amwāli wal-awlādi kamathali ghaythin aʿjaba l-kufāra nabātuhu thumma yahīju fatarāhu muṣ'farran thumma yakūnu ḥuṭāman wafī l-ākhirati ʿadhābun shadīdun wamaghfiratun mina l-lahi wariḍ'wānun wamā l-ḥayatu l-dun'yā illā matāʿu l-ghurūri

Dhivehi (އޭމީސްތަކުންނޭވެ!) ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ދުނިޔޭގެ حَيَاة އަކީ ކުޅިވަރާއި آخِرَة ހަނދާންނައްތައިލާ ޒާތުގެ ކަންތައްތަކާއި އަދި ޒީނަތް ތެރިވުންގަނޑެކެވެ. އަދި ކަލޭމެން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް فَخْرُ ވެރިވުމަކާއި އަދި އެކަކު އަނެކަކަށްވުރެ މުދަލާއި ދަރީނުން ގިނަކުރުމާއި އެވެ. އެއީ ވާރޭވިލާގަނޑެއްގެމިސާލެވެ. (އެވިލާގަނޑުން ފެންވެހިގެން ދަނޑުގެ ގަސްތައްހެދި ފައްކާވެގެންގޮސް ދަނޑުވެރިން އޭނާގެ ދަނޑުގެ ގަސްތަކާއިމެދު ޢަޖާއިބު ކޮށްލި ވިލާގަނޑެކެވެ. ދެން އެގަސްތައް އެހެންހުރެފާ ހިކިގެންގޮސް ދެން ދޮންވެފައިވަނިކޮށް ކަލޭދެކޭނެއެވެ. ދެން އެގަސްތައް ހިކިގެންގޮސް ކުނިތަކަކަށްވެދެއެވެ. އަދި آخرَة ގައި ގަދަވެގެންވާ ޢަޒާބެވެ. އަދި ﷲ ގެ حَضْرَةُ ގައިވާ ފާފަފުއްސެވުމާއި އަދި އެކަލާނގެ ރުހިވޮޑިގަތުމާއެވެ. އަދި ހެއްލުންތެރިކުރުވާ ކުޑައަރާމުކޮޅެއްކަމުގައި މެނުވީ ދުނިޔޭގެ حَيَاة ނުވެއެވެ.

Verse 21

سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ أُعِدَّتْ لِلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ

Transliteration sābiqū ilā maghfiratin min rabbikum wajannatin ʿarḍuhā kaʿarḍi l-samāi wal-arḍi uʿiddat lilladhīna āmanū bil-lahi warusulihi dhālika faḍlu l-lahi yu'tīhi man yashāu wal-lahu dhū l-faḍli l-ʿaẓīmi

Dhivehi ކަލޭމެންގެ رَبُّ حَضْرَةُ ންވާ ފާފަ ފުއްސެވުމަށާއި އަދި އެތާގެ ފުޅާމިން އުޑާއި ބިމުގެ ފުޅާ މިން ފަދަ ތަނަވަސް ސުވަރު ގެއަށް ކަލޭމެން ވާދަކޮށްފައި ދާށެވެ. އެތަންތައްޔާރު ކުރެވިފައިވަނީ الله އާއި އެކަލާނގެ ރަސޫލުންނަށް އީމާންވީ މީހުންނަށެވެ. އެއީ ﷲ ގެ فَضْلُ ވަންތަކަމެވެ. (އޯގާވަންތަކަމެވެ.) އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ އެކަންދެއްވައެވެ. އަދި الله އީ ބޮޑުވެގެންވާ فَضْلُ ވަންތަކަމުގެވެރި ކަލާނގެއެވެ. (އޯގާވަންތަކަ މުގެވެރި ކަލާނގެއެވެ.)

Verse 22

مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَـٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ

Transliteration mā aṣāba min muṣībatin fī l-arḍi walā fī anfusikum illā fī kitābin min qabli an nabra-ahā inna dhālika ʿalā l-lahi yasīrun

Dhivehi ބިމުގައި ވިޔަސް އަދި ކަލޭމެންގެ ނަފުސުތަކުގައި ވިޔަސް އެއްވެސް مُصِيْبَةُ އެއް އެ مُصِيْبَةُ އެއް ޖެއްސެވުމުގެ ކުރިން ފޮތެއްގައި ލިޔެވިގެންވާމެނުވީ (لَوحُ المَحْفُوظُ ގައިވާމެނުވީ) ނުޖެހެއެވެ. (އެބަހީ ކޮންމެ ކަމަކީވެސް އެކަލާނގެ އަޒަލީ ދެނެވޮޑިގަތުން ނިޔާކުރާގޮތުގެމަތީ لَوحُ المَحْفُوظُ ގައި ލިޔެވި ފޮޅުވަތް ދެމިގެންވާކަން ކަމެވެ.) ހަމަކަށަވަރުން އެކަން އެއީﷲ ގެ حَضْرَةُ އަށް ދާދި ފަސޭހަ ކަމެއްކަމުގައި ވެއެވެ.

Verse 23

لِّكَيْلَا تَأْسَوْا۟ عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا۟ بِمَآ ءَاتَىٰكُمْ ۗ وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ

Transliteration likaylā tasaw ʿalā mā fātakum walā tafraḥū bimā ātākum wal-lahu lā yuḥibbu kulla mukh'tālin fakhūrin

Dhivehi އެއީ ކަލޭމެންގެ ކިބައިން ވެދިޔަ ކަންތަކުގެމައްޗަށް ކަލޭމެން ހިތާމަ ނުކުރުމަށެވެ. އަދި އެކަލާނގެ ކަލޭމެންނަށް ދެއްވިތަކެއްޗަށް ކަލޭމެން އުފާ ވެސް ނުކުޅައުމަށެވެ. އަދި ބޮޑާވެ فَخْرُ ވެރިވާ އެއްވެސް މީހަކަށް الله ލޯބިވެ ވޮޑި ނުގަންނަވައެވެ.

Verse 24

ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ ۗ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ

Transliteration alladhīna yabkhalūna wayamurūna l-nāsa bil-bukh'li waman yatawalla fa-inna l-laha huwa l-ghaniyu l-ḥamīdu

Dhivehi އަދި بَخِيْلُ ވާމީހުން އަދި އެމީހުން މީސްތަކުންނަށް بَخِيْلُ ވުމަށް އަމުރު ކުރާ މީހުން އަދި (ހޭދަނުކޮށް) އެނބުރި ފުރަގަސްދީފިމީހުން ދަންނައެވެ. މިއިން އެއްވެސްމީހެއްގެ އެއްވެސްޢަމަލަކުން ﷲ ގެ حَضْرَةُ އަށް އެއްވެސް ގެއްލުމެއްނެތެވެ. މިހެނީ ހަމަކަށަވަރުން الله تَعَالَى އީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ އަދި حَمْدُ އާއި ތާރީފު ލިބިވޮޑިގެންވާ ކަލާނގެއެވެ.

Verse 25

لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَـٰتِ وَأَنزَلْنَا مَعَهُمُ ٱلْكِتَـٰبَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ ۖ وَأَنزَلْنَا ٱلْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَـٰفِعُ لِلنَّاسِ وَلِيَعْلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلْغَيْبِ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ

Transliteration laqad arsalnā rusulanā bil-bayināti wa-anzalnā maʿahumu l-kitāba wal-mīzāna liyaqūma l-nāsu bil-qis'ṭi wa-anzalnā l-ḥadīda fīhi basun shadīdun wamanāfiʿu lilnnāsi waliyaʿlama l-lahu man yanṣuruhu warusulahu bil-ghaybi inna l-laha qawiyyun ʿazīzun

Dhivehi ހަމަކަށަވަރުން ތިމަންރަސްކަކަލާނގެ ރަސޫލުބޭކަލުން ބަޔާންވެގެންވާ ދަލީލުތަކާއިގެން ތިމަންރަސްކަކަލާނގެ ފޮނުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެބޭކަލުންނާއި އެކު ފޮތާއި މީޒާން ނުވަތަ عَدْلُ ވެރިކަން ބާވާތްލެއްވީމެވެ. އެއީ މީސްތަކުން عَدْلُ ވެރިކަން ޤާއިމު ކުރުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ ދަގަޑު ބާވާތްލެއްވީމެވެ. އޭގައި ގަދަފަދަ ބާރުވެއެވެ. އަދި މީސްތަކުންނަށްވާ ފައިދާވެއެވެ. އަދި އެއީ غَيْبُ ގައި / ނުފެނި އެކަލާނގެއަށާއި އެކަލާނގެ ރަސޫލުންނަށް نَصْرُ ދެނީ ކޮންބައެއްކަން الله ދެނެވޮޑިގެންވާކަން އެންގެވުމަށްޓަކައެވެ. ހަމަކަށަވަރުން الله تَعَالَى އީ ގަދަފަދަވަންތަ އަދި عِزَّة ވަންތަ ކަލާނގެއެވެ.

Verse 26

وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَٰهِيمَ وَجَعَلْنَا فِى ذُرِّيَّتِهِمَا ٱلنُّبُوَّةَ وَٱلْكِتَـٰبَ ۖ فَمِنْهُم مُّهْتَدٍ ۖ وَكَثِيرٌ مِّنْهُمْ فَـٰسِقُونَ

Transliteration walaqad arsalnā nūḥan wa-ib'rāhīma wajaʿalnā fī dhurriyyatihimā l-nubuwata wal-kitāba famin'hum muh'tadin wakathīrun min'hum fāsiqūna

Dhivehi އަދި ހަމަކަށަވަރުން نُوحُ عَلَيْه السلام އާއި إبْرَاهِيم عَلَيْه السلام ތިމަރަސްކަލާނގެ ފޮނުއްވީމެވެ. އަދި އެދެބޭކަލުންގެ ދަރިފަސްކޮޅުގައި ނަބީކަމާއި އަދި ފޮތް ތިމަރަސްކަލާނގެ ލެއްވީމެވެ. ފަހެ އެމީހުންގެ ތެރޭގައި ތެދުމަގު ލިބުނު މީހުން ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުންނީ ފާސިޤުންނެވެ. (ﷲ ގެ ކިޔަމަނުން ނުކުތްމީހުންނެވެ.)

Verse 27

ثُمَّ قَفَّيْنَا عَلَىٰٓ ءَاثَـٰرِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ٱبْنِ مَرْيَمَ وَءَاتَيْنَـٰهُ ٱلْإِنجِيلَ وَجَعَلْنَا فِى قُلُوبِ ٱلَّذِينَ ٱتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ٱبْتَدَعُوهَا مَا كَتَبْنَـٰهَا عَلَيْهِمْ إِلَّا ٱبْتِغَآءَ رِضْوَٰنِ ٱللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا ۖ فَـَٔاتَيْنَا ٱلَّذِينَ ءَامَنُوا۟ مِنْهُمْ أَجْرَهُمْ ۖ وَكَثِيرٌ مِّنْهُمْ فَـٰسِقُونَ

Transliteration thumma qaffaynā ʿalā āthārihim birusulinā waqaffaynā biʿīsā ib'ni maryama waātaynāhu l-injīla wajaʿalnā fī qulūbi alladhīna ittabaʿūhu rafatan waraḥmatan warahbāniyyatan ib'tadaʿūhā mā katabnāhā ʿalayhim illā ib'tighāa riḍ'wāni l-lahi famā raʿawhā ḥaqqa riʿāyatihā faātaynā alladhīna āmanū min'hum ajrahum wakathīrun min'hum fāsiqūna

Dhivehi އެބޭކަލުންގެ އަސަރުތަކުގެ މައްޗަށް (އެބޭކަލުންގެ ފަހަށް) ދެން ތިމަން ރަސްކަލާނގެ ތިމަން ރަސްކަލާނގެ ރަސޫލުން ވިދި ވިދި ގެން تَبَعَ ކުރެއްވީމެވެ. (ފޮނުއްވީމެވެ.) އަދި مريم ގެފާނުންގެދަރިކަލުން عِيْسى عَلَيْه السلام ވެސް ތިމަން ރަސްކަލާނގެ تَبَعَ ކުރެއްވީމެވެ. (ފޮނުއްވީމެވެ.) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إنْجِيْلُ ދެއްވީމެވެ.\nއަދި އެކަލޭގެފާނަށް ތަބާވީމީހުންގެ ހިތްތަކުގައި އޯގާވެރިކަމާއި رحْمَة އަދި رَهْبَانِيَّةُ (شَهْوَة ތަކަށް ބިރުވެތިވުން) ތިމަންރަސްކަލާނގެ ލެއްވީމެވެ. އެމީހުން އެކަން އެބަހީ رَهْبَانِيَّةُ (شَهْوَة ތަކަށް ބިރުވެތިވުން) އަމިއްލައަށް އުފެއްދީ އެވެ. ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އެކަން فَرْضُ ނުކުރައްވަމެވެ. އެމީހުން އެކަންކުރީ ﷲ ގެ ރުއްސެވުން ލިބުމަށް އެދިގެންނެވެ. ފަހެއެމީހުން އެކަމަށް ފަރުވާތެރި ވުން ޙައްޤުވާވަރަށް ފަރުވާތެރި ނުވިއެވެ. ދެންފަހެ އެމީހުންގެތެރެއިން އީމާންވީމީސްތަކުންނަށް އެމީހުންގެ ދަރުމަ ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި އެމީހުންކުރެ ގިނަމީހުންވީ ފާސިޤުންކަމުގައެވެ.

Verse 28

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَءَامِنُوا۟ بِرَسُولِهِۦ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِۦ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِۦ وَيَغْفِرْ لَكُمْ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

Transliteration yāayyuhā alladhīna āmanū ittaqū l-laha waāminū birasūlihi yu'tikum kif'layni min raḥmatihi wayajʿal lakum nūran tamshūna bihi wayaghfir lakum wal-lahu ghafūrun raḥīmun

Dhivehi އޭއީމާން ވެއްޖެމީސްތަކުންނޭވެ. ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ. އަދި ކަލޭމެން އީމާންވާށެވެ. އެކަލާނގެ ރަސޫލާއަށް (އެބަހީ مُحَمَّد صَلّى الله عَلَيهِ وَسَلم އަށް) އީމާންވާށެވެ. އޭރުން އެކަލާނގެ ކަލޭމެނަށް އެކަލާނގެ رَحْمَةُ ން ދެބައި ދެއްވާނެއެވެ. އަދި އޭގެ އަލީގައި ކަލޭމެން ހިގާނޭ ނޫރެއް އެކަލާނގެ ކަލޭމެނަށް ލައްވާނެތެވެ. އަދި އެކަލާނގެ ކަލޭމެނަށް ފުއްސަވާނެތެވެ. އަދި ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ رَحْمَةُ ލެއްވުން ބޮޑުވެގެންވާ ކަލާނގެ އެވެ.

Verse 29

لِّئَلَّا يَعْلَمَ أَهْلُ ٱلْكِتَـٰبِ أَلَّا يَقْدِرُونَ عَلَىٰ شَىْءٍ مِّن فَضْلِ ٱللَّهِ ۙ وَأَنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ

Transliteration li-allā yaʿlama ahlu l-kitābi allā yaqdirūna ʿalā shayin min faḍli l-lahi wa-anna l-faḍla biyadi l-lahi yu'tīhi man yashāu wal-lahu dhū l-faḍli l-ʿaẓīmi

Dhivehi އަދި أهْلُ كِتَابُ ން (يَهُودِي ން ނާއި نَصَارِى އިން) އެމީހުންނަށް ﷲ ގެ فَضْلُ ވަންތަކަމުގެ ތެރެއިން އެއްވެސް ކަމަކަށް / އެއްވެސް އެއްޗަކަށް ކުޅަދާނަވެގެން ނުވާކަން އެމީހުން ދެނެގަތުމަށްޓަކައެވެ. (ނުވަތަ ދެނެގަތުން ހުއްޓެވެ.) އަދި ހަމަކަށަވަރުން އެންމެހައި فَضْلُ ވަންތަ ވެރިކަންވަނީ ﷲ ގެ އަތްޕުޅުގައި ކަމާއި އެކަލާނގެ އެދިވޮޑިގަންނަވާއަޅަކަށް އެކަލާނގެ އެދެއްވާނެކަން އެމީހުން ދެނެގަތުން ހުއްޓެވެ. އަދި ﷲ އީ ބޮޑުވެގެންވާ فَضْلُ ވަންތަ ކަމުގެވެރި ކަލާނގެ ކަން ވެސް އެމީހުން ދެނެގަތުން ހުއްޓެވެ.

Read Surah Al-Hadid in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.