Surah Al-Fath in Dhivehi: translation and audio
Surah 48 · الفتح · The Victory · 29 verses
Surah Al-Fath verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Fath word by word in English.
Verse 1
إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا
Transliteration innā fataḥnā laka fatḥan mubīnan
Dhivehi (އޭ رَسُول الله އެވެ!) ހަމަކަށަވަރުން ތިމަރަސްކަލާނގެ ކަލޭގެފާނަށް ބަޔާންވެގެންވާ فَتَحَ އަކުން فَتَحَ ކޮށް ދެއްވައިފީމެވެ. (މިތާމި އިޝާރާތް ކުރައްވާ فَتَحَ އަކީ صُلْحُ الحُدَ يْبِيَّة ގެ فَتَحَ ކަމާއި ނުވަތަ مَكَّة فَتَحَ ކުރެއްވުން ކަމާއި ނުވަތަ އެކަލޭގެފާނަށް ދެއްވުނު ހުރިހާ فَتَحَ ކަމާއި މިކަންކަމާއިމެދު مُفَسِّرُ ންގެ ބަސް ތަފާތުވެގެންވެއެވެ. ކޮންމެއަކަސް އަޅުގަޑު ދެކޭގޮތުގައި އެއީ އެކަލޭގެފާނުންގެ ޢަދާވާތްތެރިންގެ މައްޗަށް އެކަލޭގެފާނަށް الله ދެއްވި ހުރިހާ فَتَحَ އެކެވެ.)
Verse 2
لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُۥ عَلَيْكَ وَيَهْدِيَكَ صِرَٰطًا مُّسْتَقِيمًا
Transliteration liyaghfira laka l-lahu mā taqaddama min dhanbika wamā ta-akhara wayutimma niʿ'matahu ʿalayka wayahdiyaka ṣirāṭan mus'taqīman
Dhivehi އެއީ އެބަހީ އެބޮޑު فَتَحَ އެއް الله ކަލޭގެފާނަށް ދެއްވީ ކަލޭގެފާނުންގެ ފާފައިގެތެރެއިން އިސްވެދިޔަ ފާފަތަކާއި އަދި ފަސްވެދާނޭފާފައަކާއި ކަލޭގެފާނަށް ފުއްސަވައި ދެއްވުމަށްޓަކައެވެ. އަދި ކަލޭގެފާނުންގެމައްޗަށް އެކަލާނގެ نِعْمِة ފުރިހަމަ ކުރެއްވުމަށެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހަމަ ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވުމަށެވެ.
Verse 3
وَيَنصُرَكَ ٱللَّهُ نَصْرًا عَزِيزًا
Transliteration wayanṣuraka l-lahu naṣran ʿazīzan
Dhivehi އަދި الله ކަލޭގެފާނަށް ގަދަވެގެންވާ نَصْرُ އަކުން. نَصْرُ ދެއްވުމަށެވެ. * ދަންނައެވެ. އިސްވެދިޔަތާގައި އެވާ ކޮންމެ ކަމަކާއިމެދު ވާހަތައްދިގުވެ ބަސްތަފާތުވެފައިވެއެވެ. އެހެންވެ އެކަން ހަދާންކޮލަމެވެ. އަޅުގަޑުވެސް އަދި އެހެން ދަޑިވަޅެއްގައި އެކަންކަމާއިމެދު އެއްޗެއް ދަންނަވާނީއެވެ. إنْ شَاءَ الله.
Verse 4
هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَـٰنًا مَّعَ إِيمَـٰنِهِمْ ۗ وَلِلَّهِ جُنُودُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا
Transliteration huwa alladhī anzala l-sakīnata fī qulūbi l-mu'minīna liyazdādū īmānan maʿa īmānihim walillahi junūdu l-samāwāti wal-arḍi wakāna l-lahu ʿalīman ḥakīman
Dhivehi އަދި مُؤمِنُ ން ގެ ހިތްތަކަށް އެ فَتَحَ ތަކުގެ ސަބަބުންހަމަޖެހުމާއި މައިތިރިކަން ގެނަސްދެއްވީ ހަމަ الله އެވެ. އެއީ އެމީހުންގެ ކުރީގެ އީމާންކަމުގެތެރެއަށް އީމާންކަން އިތުރުކުރެއްވުމަށްޓަކައެވެ. އަދިއުޑުތަކާއި ބިމުގައިވާހާ ސިފައިންނެއް މިލްކުވެ خَاصَّ ވެގެންވަނީ ހަމަ الله އަށެވެ. (އެއީ ހުރިހާވައްތަރެއްގެ ސިފައިންނެވެ. މަލާއިކަތް ބޭކަލުންނާއި އިންސާނުންނާއި އަދި ޖިންނި ޝައިތާނުންގެތެރެއިންނާއި މިއެންމެހާބާވަތެއްގެ ސިފައިންނެވެ.) އަދި الله تَعَالى ވޮޑިގެންވަނީ ދެނެވޮޑިގެންވާ حِكْمَة ވަންތަ ކަލަކު ކަމުގައެވެ.
Verse 5
لِّيُدْخِلَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّـَٔاتِهِمْ ۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوْزًا عَظِيمًا
Transliteration liyud'khila l-mu'minīna wal-mu'mināti jannātin tajrī min taḥtihā l-anhāru khālidīna fīhā wayukaffira ʿanhum sayyiātihim wakāna dhālika ʿinda l-lahi fawzan ʿaẓīman
Dhivehi އެއީ مُؤمِنُ ފިރިހެނުންނާއި مُؤمِنُ އަންހެނުން އެތަންތާގެދަށުން އާރުތައްދެމޭ ބަގީޗާތަކަކަށް / ސުވަރުގެ ތަކަށް އެކަލާނގެ ވެއްދެވުމަށްޓަކައެވެ. އެމީހުން އެތަންތާ ދެމިތިބޭ ޙާލު ގައެވެ. އަދި އެކަލާނގެ އެމީހުންގެކިބައިން އެމީހުންގެ ކުށްފާފަތައް ފުއްސަވައިދެއްވުމަށެވެ. އަދި الله تَعَالى ގެ حَضْرَةُ ގައި ބޮޑުވެގެންވާ ނަސީބެއްކަމުގައި އެކަންވިއެވެ.
Verse 6
وَيُعَذِّبَ ٱلْمُنَـٰفِقِينَ وَٱلْمُنَـٰفِقَـٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَـٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوْءِ ۚ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ ۖ وَغَضِبَ ٱللَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ ۖ وَسَآءَتْ مَصِيرًا
Transliteration wayuʿadhiba l-munāfiqīna wal-munāfiqāti wal-mush'rikīna wal-mush'rikāti l-ẓānīna bil-lahi ẓanna l-sawi ʿalayhim dāiratu l-sawi waghaḍiba l-lahu ʿalayhim walaʿanahum wa-aʿadda lahum jahannama wasāat maṣīran
Dhivehi އަދި އެއީ مُنِافِقُ ފިރިހެނުންނާއި مُنِافِقُ އަންހެނުން އަދި މުޝްރިކު ފިރިހެނުންނާއި މުޝްރިކު އަންހެނުން ނާއި (މިމީސްމީހުންނަށް) އެކަލާނގެ عَذَابُ ދެއްވުމަށެވެ. = އެމީހުންނަކީ الله تَعَالى އާއިމެދު ނުބައިހީތައް ހީކުރާމީހުންނެވެ. އޭގެސަބަބުން އެމީހުންގެމައްޗަށް ނުބައިގޮތްތައް މެދުވެރިކުރައްވާށިއެވެ. އަދި الله تَعَالى އެމީހުންގެމައްޗަށް ކޯފާލައްވައި އަދިއެކަލާނގެ އެމީހުންނަށް لَعْنَة ލެއްވިއެވެ. އަދި އެކަލާނގެ އެމީހުންނަށް ނަރަކަ ތައްޔާރު ކުރެއްވިއެވެ. އަދި އެއި އެތާގޮސްތިބުން ނުބައިވެގެންވާތަނެވެ.
Verse 7
وَلِلَّهِ جُنُودُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا
Transliteration walillahi junūdu l-samāwāti wal-arḍi wakāna l-lahu ʿazīzan ḥakīman
Dhivehi އަދި އުޑުތަކާއި ބިމުގައިވާހާ ސިފައިންނެއް މިލްކުވެ خَاصَّ ވެގެންވަނީ ހަމަ الله އަށެވެ. ގަދަފަދަވަންތަ އަދި حِكْمَة ވަންތަ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.
Verse 8
إِنَّآ أَرْسَلْنَـٰكَ شَـٰهِدًا وَمُبَشِّرًا وَنَذِيرًا
Transliteration innā arsalnāka shāhidan wamubashiran wanadhīran
Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު ތިޔައީ ހެކިވެވަޑައިގަންނަވާ ބޭކަލަކު ކަމުގައްޔާއި އަދިއުފާވެރިކަމުގެ خَبَرُ ދެއްވާބޭކަލަކު ކަމުގައްޔާއި އަދި ބިރުވެރިކަމުގެ خَبَرُ ބޭކަލަކު ކަމުގައި ރަސޫލު ކަމާއިގެން ފޮނުއްވީމެވެ.
Verse 9
لِّتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا
Transliteration litu'minū bil-lahi warasūlihi watuʿazzirūhu watuwaqqirūhu watusabbiḥūhu buk'ratan wa-aṣīlan
Dhivehi އެއީ އެމީހުން الله އާއި އެކަލާނގެ رَسُول އަށް އީމާން ވުމަށްޓަކައެވެ. އަދި އެކަލާނގެއަށްނަސްރުދިނުމެވެ. (އެކަލާނގެދީނަށް ނަސްރުދިނުމެވެ) އަދި އެކަލާނގެއަށް މާތްކޮށް ހިތުމަށާއި އަދި އެކަލާނގެއަށް قَدَرُ ކޮށް إحْتِرَام ކުރުމާއި ހެދުނާއި ހަވީރު އެކަލާނގެއަށް تَسْبِيْحَ ކިއުމަށާއިއެވެ.
Verse 10
إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوْقَ أَيْدِيهِمْ ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِۦ ۖ وَمَنْ أَوْفَىٰ بِمَا عَـٰهَدَ عَلَيْهُ ٱللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا
Transliteration inna alladhīna yubāyiʿūnaka innamā yubāyiʿūna l-laha yadu l-lahi fawqa aydīhim faman nakatha fa-innamā yankuthu ʿalā nafsihi waman awfā bimā ʿāhada ʿalayhu l-laha fasayu'tīhi ajran ʿaẓīman
Dhivehi ހަމަކަށަވަރުން ކަލޭގެފާނަށް بَيْعَة ހިފިމީހުން (އެއީ بْيْعَةُ الرِّضْوَان އެވެ.) އެމީހުން بَيْعَة ހިފިކަން ކަށަވަރީ الله އާއި އެވެ. (އެވަޤުތު) ﷲ ގެއަތްޕުޅު އެމީހުންގެ އަތްތަކުގެމަތީގައި ވެއެވެ. ދެން ފަހެ އެعَهْدُ އުވާލައިމީހާ ދަންނައެވެ. ފަހެ އޭނާ އެއުވައިލީ އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށެވެ. (އެބަހީ އެކަމުގެފާފައޮންނާނީ ހަމަ އޭނާގެ ނަފުސުގެ މައްޗަށެވެ.) އަދި އެކަންތަކުގެ މައްޗަށް އޭނާ الله އާއި عَهْد އެވީކަންތައް ފުއްދައިފިމީހާ ދަންނައެވެ. ފަހެ ނިކަންހުރެ އެކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމަދެއްވާނެތެވެ.
Verse 11
سَيَقُولُ لَكَ ٱلْمُخَلَّفُونَ مِنَ ٱلْأَعْرَابِ شَغَلَتْنَآ أَمْوَٰلُنَا وَأَهْلُونَا فَٱسْتَغْفِرْ لَنَا ۚ يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِى قُلُوبِهِمْ ۚ قُلْ فَمَن يَمْلِكُ لَكُم مِّنَ ٱللَّهِ شَيْـًٔا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًۢا ۚ بَلْ كَانَ ٱللَّهُ بِمَا تَعْمَلُونَ خَبِيرًۢا
Transliteration sayaqūlu laka l-mukhalafūna mina l-aʿrābi shaghalatnā amwālunā wa-ahlūnā fa-is'taghfir lanā yaqūlūna bi-alsinatihim mā laysa fī qulūbihim qul faman yamliku lakum mina l-lahi shayan in arāda bikum ḍarran aw arāda bikum nafʿan bal kāna l-lahu bimā taʿmalūna khabīran
Dhivehi މަދީނާގެ ބޭރުގައި މަދީނާގެ ވަށަވަށައިގެން އުޅޭ عَرَبِى ންގެތެރެއިން ހަނގުރާމައަށް ނުގޮސް ފަހަތަށް ޖެހުނުމީހުން ނިކަންހުރެބުނާނެއެވެ. (އޭ رَسولُ الله އެވެ!) އަހުރެމެންގެ މުދަލާއި އަހުރެމެންގެ އަހުލުވެރިން އަހުރެމެން مَشْغُولُ ކުރުވައިފިއެވެ. (އެހެންވެ އަހުރެމެންނަށް ކަލޭގެފާނުންގެ އަރިހު ހަނގުރާމައަށް ނުދެވުނީއެވެ.) ފަހެ އަހުރެމެންނަށް ފާފަ ފުއްސެވުމަދަންނައިދެއްވާށެވެ! (الله وَحِي ކުރެއްވިއެވެ.) އަދި އެމީހުންގެ ހިތްތަކުގައި ނުވާތަކެތި އެމީހުން އެމީހުންގެ ދޫތަކުން އެމީހުން ބުނަނީއެވެ. (އޭ رَسُول الله އެވެ!) = ކަލޭގެފާނު ވިދާޅުވާށެވެ. އެކަލާނގެ ކަލޭމެންނާއިމެދު ނުބައިކަމެއް ނުވަތަ އުދަގުލެއް އިރާދަ ކުރައްވައިފިއްޔާ ﷲ ގެ حَضْرَةُ ން އަތުވެދާނޭ އެއްވެސްކަމެއް (ﷲ ގެ حَضْرَةُ ން އަތުވެދާނޭ އެއްވެސް ޢަޒާބެއް ދިފާޢު ކުރުމަށް) ފަހެ ކުޅަދާނަވެ މިލްކުވެގެންވަނީ ކާކަށް ހެއްޔެވެ؟ އަދި ނުވަތަ އެކަލާނގެ ކަލޭމެންނަށް މަންފާއެއް އިރާދަކުރައްވައިފިއްޔާވެސް އެކަން އަޔަނުދީ ހިފެހެއްޓޭނީ ފަހެކާކަށް ހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ ކަލޭމެންކުރާހާކަމެއްގެ ޚަބަރު ދެނެވޮޑިގެންވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.
Verse 12
بَلْ ظَنَنتُمْ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلْمُؤْمِنُونَ إِلَىٰٓ أَهْلِيهِمْ أَبَدًا وَزُيِّنَ ذَٰلِكَ فِى قُلُوبِكُمْ وَظَنَنتُمْ ظَنَّ ٱلسَّوْءِ وَكُنتُمْ قَوْمًۢا بُورًا
Transliteration bal ẓanantum an lan yanqaliba l-rasūlu wal-mu'minūna ilā ahlīhim abadan wazuyyina dhālika fī qulūbikum waẓanantum ẓanna l-sawi wakuntum qawman būran
Dhivehi އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ހީކުރީ ރަސޫލާއާއި އަދި ދެންތިބި މުއުމިނުން އެމީހުންގެ އަހުލުވެރިންގާތަށް ދުވަހަކުވެސް ވާސިލު ނުވެވޭނެކަމަށެވެ. (އެމީހުން މަރުވެ ވަސްފިލާނެކަމަށެވެ.) އަދި ކަލޭމެންގެ ހިތްތަކުގައި އެކަން ޒީނަތްތެރި ކުރެވިއްޖެއެވެ. އަދި ގެއްލި ހަލާކުވެގެންވާ ބަޔަކު ކަމުގައި ކަލޭމެން ވީމުއެވެ. (މިތާ މިސިފަވެގެންދަނީ الحُدَيْبِيَّة ގެ ހަނގުރާމައަށް ނުވަތަ مَكَّة فَتَح ކުރެއްވުމަށް ނުކުމެވަޑައިގެންނެވި އިރު އަރިހުގައި ދިއުމަށް އެންގެވުމަށްފަހުވެސް ނުގޮސްތިބި ބައެއްގެވާހަކަ ކަމުގައި ވިއެވެ. والله أعلم = زُبْدَةُ التَّفْسِير
Verse 13
وَمَن لَّمْ يُؤْمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعْتَدْنَا لِلْكَـٰفِرِينَ سَعِيرًا
Transliteration waman lam yu'min bil-lahi warasūlihi fa-innā aʿtadnā lil'kāfirīna saʿīran
Dhivehi އަދި الله އަށާއި އެކަލާނގެ ރަސޫލާއަށް އީމާންނުވާމީހުން (އެއީ ކާފަރުންނެވެ.) ހަމަކަށަވަރުން ކާފަރުންނަށް ތިމަންރަސްކަލާނގެ އަނދައަނދާހުރި އަލިފާނެއް ތައްޔާރު ކުރެއްވީމެވެ.
Verse 14
وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
Transliteration walillahi mul'ku l-samāwāti wal-arḍi yaghfiru liman yashāu wayuʿadhibu man yashāu wakāna l-lahu ghafūran raḥīman
Dhivehi އުޑުތަކާއި ބިމުގެ އެންމެހައި މިލްކު خَاصَّ ވެ މިލްކުވެގެންވަނީ ހަމަ الله އަށެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ عَذَابُ ދެއްވައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.
Verse 15
سَيَقُولُ ٱلْمُخَلَّفُونَ إِذَا ٱنطَلَقْتُمْ إِلَىٰ مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ ۖ يُرِيدُونَ أَن يُبَدِّلُوا۟ كَلَـٰمَ ٱللَّهِ ۚ قُل لَّن تَتَّبِعُونَا كَذَٰلِكُمْ قَالَ ٱللَّهُ مِن قَبْلُ ۖ فَسَيَقُولُونَ بَلْ تَحْسُدُونَنَا ۚ بَلْ كَانُوا۟ لَا يَفْقَهُونَ إِلَّا قَلِيلًا
Transliteration sayaqūlu l-mukhalafūna idhā inṭalaqtum ilā maghānima litakhudhūhā dharūnā nattabiʿ'kum yurīdūna an yubaddilū kalāma l-lahi qul lan tattabiʿūnā kadhālikum qāla l-lahu min qablu fasayaqūlūna bal taḥsudūnanā bal kānū lā yafqahūna illā qalīlan
Dhivehi (ހަނގުރާމަ فَرْضُ ވުމުން) ހަނގުރާމައަށް ނުގޮސް ފަހަށް ޖެހުނުމީހުން ކަލޭމެން (މުއުމިނުން) (خَيْبَرُ ގެ) غَنِيْمَة ލިބިގަތުމަށް ހިގައްޖެއްޔާ ނިކަންހުރެބުނާނެއެވެ. އަހުރެމެންވެސް ކަލޭމެންނާއި އެކު ދިއުމަށް ދޫކޮށްލާށެވެ. (ދިއުމަށް ހުއްދަ ދެއްވާށެވެ.) الله އެއަންގަވަނީ އެމީހުން އެއެދެނީ ﷲ ގެ ބަސްފުޅު ބަދަލުކުރުމަށެވެ. (الله އަންގަވާފައިވަނީ الحُدَيْبِيَّة އަށް ނުދާމީހަކު خَيْبَرُއަށް ނުދިއުމަށެވެ.) (އޭ رَسولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އަހުރެމެންނާއި تَبَعَ ނުވާށެވެ. (އަހުރެމެނާއި تَبَعَ ވެގެން خَيْبَرُ އަށްނުދާށެވެ!) އޭކަލޭމެންނޭވެ. މީގެކުރިން الله وَحِي ކުރެއްވީ އެފަދައިންނެވެ. (الحُدَيْبِيَّة އަށް ނުދާމީހަކު خَيْبَرُއަށް ނުދިއުމަށެވެ.) ފަހެ ނިކަންހުރެ އެމީހުން (އެމުނާފިޤުން) ބުނާނެއެވެ. އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. ކަލޭމެން އަހުރެމެންނަށް حَسَدَ ވެރިވަނީއެވެ. އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. އެމީހުންވީ ދާދިމަދުން މެނުވީ ނުވިސްނޭބަޔަކު ކަމުގައެވެ.
Verse 16
قُل لِّلْمُخَلَّفِينَ مِنَ ٱلْأَعْرَابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُو۟لِى بَأْسٍ شَدِيدٍ تُقَـٰتِلُونَهُمْ أَوْ يُسْلِمُونَ ۖ فَإِن تُطِيعُوا۟ يُؤْتِكُمُ ٱللَّهُ أَجْرًا حَسَنًا ۖ وَإِن تَتَوَلَّوْا۟ كَمَا تَوَلَّيْتُم مِّن قَبْلُ يُعَذِّبْكُمْ عَذَابًا أَلِيمًا
Transliteration qul lil'mukhallafīna mina l-aʿrābi satud'ʿawna ilā qawmin ulī basin shadīdin tuqātilūnahum aw yus'limūna fa-in tuṭīʿū yu'tikumu l-lahu ajran ḥasanan wa-in tatawallaw kamā tawallaytum min qablu yuʿadhib'kum ʿadhāban alīman
Dhivehi (އޭ رَسولُ الله އެވެ!) أعْرَابِى ންކުރެން ހަނގުރާމައަށް ނުގޮސް ފަސްޖެހުނުމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ގަދަބާރުގެވެރި ބަޔަކުމީހުން ގާތަށް ހަނގުރާމައަށް ދިއުމަށް ނިކަންހުރެ ކަލޭމެންނަށް ގޮވޭނެއެވެ. އެހެންޏާ ކަލޭމެން އެމީހުންނާއި ހަނގުރާމަކުރުމެވެ. ނުވަތަ އެމީހުން ކިޔަމަންވެ އިސްލާމުވުމެވެ. ދެންފަހެ ކަލޭމެން (އެއަމުރަށް) ކިޔަމަންވެއްޖެއްޔާ الله ކަލޭމެނަށް ރަނގަޅުވެގެންވާ ދަރުމަ ދެއްވާނެތެވެ. އަދި މީގެކުރިން ކަލޭމެން ފުރަގަސްދިންގޮތަށް ކަލޭމެން އެނބުރި ފުރަގަސްދީފިއްޔާ އެކަލާނގެ ކަލޭމެންނަށް ވޭންދެނިވި عَذابُ އަކުން عَذابُ ދެއްވާނެތެވެ.
Verse 17
لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌ وَلَا عَلَى ٱلْأَعْرَجِ حَرَجٌ وَلَا عَلَى ٱلْمَرِيضِ حَرَجٌ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَمَن يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًا
Transliteration laysa ʿalā l-aʿmā ḥarajun walā ʿalā l-aʿraji ḥarajun walā ʿalā l-marīḍi ḥarajun waman yuṭiʿi l-laha warasūlahu yud'khil'hu jannātin tajrī min taḥtihā l-anhāru waman yatawalla yuʿadhib'hu ʿadhāban alīman
Dhivehi ލޯއަދިރިމީހަކަށް ވެސް އަދި ކޮރުމީހަކަށް ވިޔަސް އަދި ބަލިމީހަކަށް ވިޔަސް މިމީސްމީހުން ހަނގުރާމައަށް ނުދިއުމަކުން އެމީހުންނަކަށް ކުށެއްނެތެވެ. (އެއީ ޢުޒުރުވެރިންނެވެ.) އަދި الله އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެއްޖެމީހާ (ދަންނައެވެ.) އެތަންތާގެދަށުން އާރުތައް ދެމޭ ބަގީޗާތަކަކަށް އެކަލާނގެ އެމީހަކު ވައްދަވާހުއްޓެވެ. އަދި ކިޔަމަންނުވެ ފުރަގަސްދީފިމީހަކު (ދަންނައެވެ.) އެކަލާނގެ އެމީހަކަށް ވޭންދެނިވި عَذابُ އަކުން عَذابُ ދެއްވާނެތެވެ.
Verse 18
۞ لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأَنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَـٰبَهُمْ فَتْحًا قَرِيبًا
Transliteration laqad raḍiya l-lahu ʿani l-mu'minīna idh yubāyiʿūnaka taḥta l-shajarati faʿalima mā fī qulūbihim fa-anzala l-sakīnata ʿalayhim wa-athābahum fatḥan qarīban
Dhivehi ހަކަށަވަރުން الله تَعَالَى މުއުމިނުންނަށް ރުހި ވޮޑިގަންނަވައިފިއެވެ. އެއީ ގަސްދަށުގައި އެމީހުން ކަލޭގަފާނަށް بَيْعَةُ ހިފި ހިދު ގައެވެ. ފަހެ އެމީހުންގެ ހިތްތަކުގައިވާތަކެތި (އީމާންކަމާއި އަދި ކިޔަމަންތެރިކަން) އެކަލާނގެ ދެނެވޮޑިގެންވެއެވެ. ދެންފަހެ އެކަލާނގެ އެމީހުންގެ މައްޗަށް ހަމަޖެހުމާއި މައިތިރިކަން ބާވާތްލެއްވިއެވެ. އަދި ދާދިގާތްވެގެންވާ فَتَحً އެއް އެމީހުންނަށް އެކަލާނގެ ދެއްވާ ދަރުމަކުރައްވާނެކަމުގައި ނިންމަވައިފިއެވެ. (އެއީ خَيْبَرُ فَتَحً ވުމެވެ.)
Verse 19
وَمَغَانِمَ كَثِيرَةً يَأْخُذُونَهَا ۗ وَكَانَ ٱللَّهُ عَزِيزًا حَكِيمًا
Transliteration wamaghānima kathīratan yakhudhūnahā wakāna l-lahu ʿazīzan ḥakīman
Dhivehi އަދި އެމީހުން އެތަކެތި ބޭނުންކުރާނޭ ގިވެގެންވާ غَنِيْمَة މުދާތައްވެސް އެކަލާނގެ އެމީހުންނަށް ދެއްވިއެވެ. އަދި عِزَّة ވަންތަ حِكْمَة ވަންތަ ކަލަކު ކަމުގައި އަދި الله ވޮޑިގެންވެއެވެ.
Verse 20
وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَـٰذِهِۦ وَكَفَّ أَيْدِىَ ٱلنَّاسِ عَنكُمْ وَلِتَكُونَ ءَايَةً لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَٰطًا مُّسْتَقِيمًا
Transliteration waʿadakumu l-lahu maghānima kathīratan takhudhūnahā faʿajjala lakum hādhihi wakaffa aydiya l-nāsi ʿankum walitakūna āyatan lil'mu'minīna wayahdiyakum ṣirāṭan mus'taqīman
Dhivehi އަދި الله تَعَالَى ކަލޭމެނަށް ކަލޭމެން އެތަކެތިން ބޭނުންކުރާނޭ ގިނަވެގެންވާ غَنِيْمَة މުދާތަކެއްދެއްވާނެކަމުގެ وَعْدُ ކުރެއްވެވިއެވެ. ދެންފަހެ މި غَنِيْمَة (އެބަހީ خَيْبَرُ ގެ غَنِيْمَة) އެކަލާނގެ އަވަސްކޮދެއްވީއެވެ. އަދި މީސްތަކުންގެ އަތްތައް ކަލޭމެންގެކިބައިން އެކަލާނގެ ދުރު ކޮށްދެއްވިއެވެ. އެބަހީ އެމީހުންގެ އަތްތަކުން ކަލޭމެނަށް އަނިޔާވިޔަނުދެއްވައި އެކަލާނގެ ހިފެހެއްޓެވިއެވެ. އަދި އެއީ (رَسُول الله ﷺ ގެބަސްފުޅާއި وَعْدُ ފުޅު ތެދުއެއްޗެއްކަން) މުއުމިނުތަކުންނަށް ޔަޤީންވުމުގެ ދަލީލަކަށެވެ. އަދި ސީދާވެގެންވާ ތެދުމަގަށްއެކަލާނގެ ކަލޭމެނަށް މަގުދެއްކެވުމަށެވެ.
Verse 21
وَأُخْرَىٰ لَمْ تَقْدِرُوا۟ عَلَيْهَا قَدْ أَحَاطَ ٱللَّهُ بِهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرًا
Transliteration wa-ukh'rā lam taqdirū ʿalayhā qad aḥāṭa l-lahu bihā wakāna l-lahu ʿalā kulli shayin qadīran
Dhivehi އަދި އޭގެމައްޗަށް ކަލޭމެންނަށް އަދިކުޅަދާނަވެގެންނުވާ އެހެން އެއްޗެއް (އެހެން غَنِيْمَة) އެކަލާނގެ ކަލޭމެނަށް ދެއްވުމަށެވެ. ހަމަކަށަވަރުން الله އެތަން އަދި ވަނީ ރައްކާތެރިކުރައްވާ ހިހައްޓަވާފައިވާފައެވެ. އަދި ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލަކުކަމުގައި الله ވޮޑިގެންވެއެވެ. (މިއާޔަތުގައި މިސިފަކުރައްވާ ފަތަޙައަކީ މައްކާ فَتَحً ކުރުންކަމާއި އަދި ނުވަތަ ފާރިސްކަރަޔާއި ރޫމުކަ فَتَحً ކުރުންކަމާއި މިކަންކަމުގައި ޢިލްމުވެރިންގެ ބަސްތަފާތެވެ. މިއިން ކޮންމެކަމެއްގެ މުރާދުކަމުގައިވުން ވެސް ހަމައެކަށީގެންވެއެވެ.)
Verse 22
وَلَوْ قَـٰتَلَكُمُ ٱلَّذِينَ كَفَرُوا۟ لَوَلَّوُا۟ ٱلْأَدْبَـٰرَ ثُمَّ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا
Transliteration walaw qātalakumu alladhīna kafarū lawallawū l-adbāra thumma lā yajidūna waliyyan walā naṣīran
Dhivehi އަދި ކާފަރުން ކަލޭމެން މުއުމިނުންނާއި ހަނގުރާމަ ކުރިނަމަ ހަމަކަށަވަރުން އެމީން ކަލޭމެންނަށް ފުރަގަސްދޭނެއެވެ. (الحُدَيْبِيَّة ގެދުވަހު މައްކާގެ އެކާފަރުން ކަލޭމެންނާއި ހަނގުރާމަކުރިނަމަ ހަމަކަށަވަރުން އެމީހުން ކަލޭމެންނަށް ފުރަގަސްދިނީހެވެ.) ދެން އެއްވެސް ސަހަރޯވެރިއަކު އަދި ނަސްރުވެރިއަކުވިޔަސް އެމީހުން ނުދެކޭނެއެވެ.
Verse 23
سُنَّةَ ٱللَّهِ ٱلَّتِى قَدْ خَلَتْ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًا
Transliteration sunnata l-lahi allatī qad khalat min qablu walan tajida lisunnati l-lahi tabdīlan
Dhivehi އެއީ މީގެކުރީ އިސްވެދިޔަތާގައިވެސް އިސްވެދި މީސްތަކުންނާއި މެދުވެސް الله ކަންތައް ގެންދަވާ ގޮތެވެ. އެކަލާނގެ ސުންނަތެވެ. އަދި ﷲ ގެ އެގޮތަށް ބަދަލެއްވާތީ ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ.
Verse 24
وَهُوَ ٱلَّذِى كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِنۢ بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا
Transliteration wahuwa alladhī kaffa aydiyahum ʿankum wa-aydiyakum ʿanhum bibaṭni makkata min baʿdi an aẓfarakum ʿalayhim wakāna l-lahu bimā taʿmalūna baṣīran
Dhivehi އަދި އެމީހުންގެ އަތްތައް ކަލޭމެންގެ ގަޔަށް އަތްލިޔަނުދީ ހިފެހެއްޓެވީ އެކަލާނގެއެވެ. އަދި ކަލޭމެންގެ އަތްތައް އެމީހުންގެ ގަޔަށް އަތްލިޔަނުދީ ހިފެހެއްޓެވީ ވެސް (ހަމައެކަލާނގެއެވެ.) އެއީ بَطْنُ مكة އެވެ ކިޔޭތާގައި (جَبَلُ تنْعِيْم) އާއި ދިމާއިންނެވެ. އެމީހުންގެ މައްޗަށް ކަލޭމެންނަށް ކާމިޔާބާއި ނަސީބު ލިބުމަށްފަހުގައެވެ. ކަލޭމެންކުރާކަންތަކަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި الله ވޮޑިގެންވެއެވެ. (މިއީ الحُدَيْبِيَّةގެ صُلْح އަށްވާ އިޝާރަތެކެވެ.)
Verse 25
هُمُ ٱلَّذِينَ كَفَرُوا۟ وَصَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَٱلْهَدْىَ مَعْكُوفًا أَن يَبْلُغَ مَحِلَّهُۥ ۚ وَلَوْلَا رِجَالٌ مُّؤْمِنُونَ وَنِسَآءٌ مُّؤْمِنَـٰتٌ لَّمْ تَعْلَمُوهُمْ أَن تَطَـُٔوهُمْ فَتُصِيبَكُم مِّنْهُم مَّعَرَّةٌۢ بِغَيْرِ عِلْمٍ ۖ لِّيُدْخِلَ ٱللَّهُ فِى رَحْمَتِهِۦ مَن يَشَآءُ ۚ لَوْ تَزَيَّلُوا۟ لَعَذَّبْنَا ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابًا أَلِيمًا
Transliteration humu alladhīna kafarū waṣaddūkum ʿani l-masjidi l-ḥarāmi wal-hadya maʿkūfan an yablugha maḥillahu walawlā rijālun mu'minūna wanisāon mu'minātun lam taʿlamūhum an taṭaūhum fatuṣībakum min'hum maʿarratun bighayri ʿil'min liyud'khila l-lahu fī raḥmatihi man yashāu law tazayyalū laʿadhabnā alladhīna kafarū min'hum ʿadhāban alīman
Dhivehi އަދި ކާފަރުވީ ހަމައެމީހުންނެވެ. އަދިކަލޭމެން الْمَسْجِدِ الْحَرَامِ އަށް އަޔަނުދީ ހިފަހައްޓީވެސް ހަމައެމީހުންނެވެ. އަދި ކަތިލަން ގެނައި ހަދްޔުތައް އެތަކެތި ކަތިލަންވީ ތަނަށް ނުފޯރަނިސް ބަދެވި ހިފެހެއްޓިގެންވެއެވެ. ހަދްޔު ކަތިލަންވާނެތަނަކީ މައްކާގަ حَرَمُ ގެތެރެއިން ކަތިލުމަށް ކަނޑައެޅިފައިވާތަނެކެވެ. އަދި މައްކާގައި މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނުވާނަމަ (އެދުވަހު ގަދަކަމުން ހަނގުރާމަކޮށްގެންމައްކާއަށް އަރަން ހުއްދަދެވުނީހެވެ. އަދި އެމީހުން މައްކާގައި އެތިބީ އީމާންވެގެންކަމެއް ނުވަތަނޫންކަމެއް ކަލޭމެންނަކަށް ނޭގޭނެއެވެ.) އެޙާލުގައި ގަދަކަމުން މައްކާއަށް އަރައި އެތައްމުއުމިނުންނެއްމަރައިފީހެވެ. މުއުމިނެއް އަދި އެހެންމީހެއްނޭގުނީހެވެ. ދެން އޭރުން މުއުމިނުންމެރިކަމުގައިވެގެން ކާފަރުންގެފަރާތުން ޢައިބުބަސްލިބި ކައްފާރާ އަދާކުރުމުގެ އުދަގޫ އުފުލަން ޖެހިއްޖައީހެވެ. އަދި އެދުވަހު ކަލޭމެން ހަނގުރާމަކުމަށް الله ހުއްދަނުދެއްވީ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ رَحْمَة ގެތެރެއަށް ވެއްދެވުމަށެވެ. (حُدَيْبِيَّة ގެ ދުވަހު ކާފަރުކަންމަތީ ތިބި އެތައްބަޔަކު އޭގެފަހުން އިސްލާމު ދީނަށްވަދެ ދީނަށް خِدْمَة ކުރިއެވެ. ވީމާ الله ރޭވުމާއި حِكْمَة އެއްވެސްމީހަކަށް ނޭގެއެވެ.) އަދި އެދުވަހު މުއުމިނުންނާއި ކާފަރުން ރަނގަޅަށް ވަކިކޮށް އެނގޭނަމަ ކާފަރުންނަ ވޭންދެނިވި عَذَابُ އެއް ތިމަންރަސްކަލާނގެ ދެއްވީހެވެ.
Verse 26
إِذْ جَعَلَ ٱلَّذِينَ كَفَرُوا۟ فِى قُلُوبِهِمُ ٱلْحَمِيَّةَ حَمِيَّةَ ٱلْجَـٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ ٱلتَّقْوَىٰ وَكَانُوٓا۟ أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا
Transliteration idh jaʿala alladhīna kafarū fī qulūbihimu l-ḥamiyata ḥamiyyata l-jāhiliyati fa-anzala l-lahu sakīnatahu ʿalā rasūlihi waʿalā l-mu'minīna wa-alzamahum kalimata l-taqwā wakānū aḥaqqa bihā wa-ahlahā wakāna l-lahu bikulli shayin ʿalīman
Dhivehi ކާފަރުވީމީސްތަކުން އެމީހުންގެ ހިތްތަކުގައި ދެކޮޅުވެރިކަމާއި ގޮތްދޫނުކުރުން ލީހިނދު އެއީ ޖާހިލީ ޒަމާނުގެ ދެކޮޅުވެރިކަމާއި ގޮތްދޫނުކުރުމެވެ. ފަހެ އެހިދުން الله تَعَالى އެކަލާނގެ ހަމަޖެހުމާ މައިތިރިކަން އެކަލާނގެ ރަސޫލާގެމައްޗަށާއި އަދި މުއުމިނުންގެ މައްޗަށް ބާވާތްލައްވައިފިއެވެ. އަދި تَقْوَى ވެރިކަމުގެ ކަލިމަ އެކަލާނގެ އެމީހުންނަށް ލާޒިމު ކުރުވައިފިއެވެ. (އެއީ لا إله إلاَّ اللهُ مًحمد رسول الله އެވެ. މިބަސްފުޅުން މުރާދުކުރެވެނީ مَسْجِدُ الحَرَام އަށް މާތްކޮށް ހިތުމެވެ. އަދި އެތާ ހަނގުރާމަކުރުން ދޫކޮށްލުމެވެ. ކާފަރުންފަދައި އެތާގެ حُرْمَة ނުކެޑުމެވެ.) އަދި އެމީހުނވީ އެކަލިމައަށް އެންމެ حَقُّ ބަޔަކު ކަމުގައެވެ. (އެތަނަށް މާތްކޮށްހިތުން އެންމެ حَقُّ މީހުންކަމުގައެވެ.) އަދި އޭގެ އަހުލުވެރިން ކަމުގައެވެ. އަދި ހުރިހާއެއްޗެއް ދެނެވޮޑިގެންވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.
Verse 27
لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءْيَا بِٱلْحَقِّ ۖ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا۟ فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا
Transliteration laqad ṣadaqa l-lahu rasūlahu l-ru'yā bil-ḥaqi latadkhulunna l-masjida l-ḥarāma in shāa l-lahu āminīna muḥalliqīna ruūsakum wamuqaṣṣirīna lā takhāfūna faʿalima mā lam taʿlamū fajaʿala min dūni dhālika fatḥan qarīban
Dhivehi ހަމަކަށަވަރުން الله އެކަލާނގެ ރަސޫލާއަށް ފެނިވަޑައިގެންނެވި ހުވަފެންފުޅު حَقُّ އެއްޗެއްކަމުގައި ތެދުކޮށްދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން الله އިރާދަކުރެއްވިއްޔާ އަމާންވެގެންވާ ޙާލު ކަލޭމެން الْمَسْجِدَ الْحَرَامَ އަށްވަންނާނެއެވެ. ކަލޭމެންގެ ބޯތައްބާލައިގެންނާއި އަދި ކޮށާކުރުކޮށްގެންނެވެ. އެދުވަހުން ކަލޭމެން އެއްވެސްގޮތަކުން ބިރުނުގަންނާނެއެވެ. އަދި ކަލޭމެންނަށް ނޭގޭތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ حُدَيْبِيَّة ގެ صُلْحَ ވުން އެކަލާނގެ ލެއްވީ އޭގެކުރިން (އެބަހީ މައްކާއަށް ވަނުމަށްވުރެ ކުރިން) ގާތްވެގެންވާ فَتَحَ އެއްކަމުގައެވެ.
Verse 28
هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًا
Transliteration huwa alladhī arsala rasūlahu bil-hudā wadīni l-ḥaqi liyuẓ'hirahu ʿalā l-dīni kullihi wakafā bil-lahi shahīdan
Dhivehi ތެދުމަގާއި އަދި حَقُّ ދީނާއިގެން އެކަލާނގެ ރަސޫލާފޮނުއްވީ ހަމައެކަލާނގެ އެވެ. الله އެވެ. އެއީ އެންމެހައި ދީންތަކުގެ މައްޗަށް އެދީން ފާޅުވެ ގަދަވުމަށެވެ. ހެކިވެ ވޮޑިގަންނަވާ ކަލަކު ކަމުގައި އަދި الله ފުދިވޮޑިގެންވެއެވެ.
Verse 29
مُّحَمَّدٌ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًۢا
Transliteration muḥammadun rasūlu l-lahi wa-alladhīna maʿahu ashiddāu ʿalā l-kufāri ruḥamāu baynahum tarāhum rukkaʿan sujjadan yabtaghūna faḍlan mina l-lahi wariḍ'wānan sīmāhum fī wujūhihim min athari l-sujūdi dhālika mathaluhum fī l-tawrāti wamathaluhum fī l-injīli kazarʿin akhraja shaṭahu faāzarahu fa-is'taghlaẓa fa-is'tawā ʿalā sūqihi yuʿ'jibu l-zurāʿa liyaghīẓa bihimu l-kufāra waʿada l-lahu alladhīna āmanū waʿamilū l-ṣāliḥāti min'hum maghfiratan wa-ajran ʿaẓīman
Dhivehi ﷲ ގެރަސޫލާ محَمَّد (ﷺ) އާއި އަދި އެކަލޭގެފާނުންގެ އަރިހުގައިވާމީހުން ކާފަރުންގެމައްޗަށް ގަދަފަދަކަން ބޮޑެވެ. އަދި އެހެންނަމަވެސް އެބޭކަލުންގެ މެދުގައި رَحُم އާއި އޯގާވެރިކަން ބޮޑުވެގެންވާބޭކަލުންކަމުގައިވިއެވެ. ﷲ ގެحَضْرَةُ ން فَضْلُ ވަންތަކަމާއި އަދި އެކަލާނގެ ރުއްސެވުން އެބޭކަލުން އެދިވަޑައިގަންނަވާ ޙާލު رُكُوعُ ގިނައިން ކުރައްވާ އަދި سَجِدَ ގިނައިން ކުރައްވާ ބޭކަލުންކަމުގައި ކަލޭ އެބޭކަލުންދެކޭނެއެވެ. ސަޖިކުރެއްވުމުގެ ނިޝާނާއި އަސަރު އެބޭކަލުންގެ މޫނުފުޅު ތަކުން ފެންނާންހުންނާނެއެވެ. އެއީ ތައުރާތުގައި ބަޔާންވެގެންވާ އެބޭކަލުންގެ މިސާލެވެ. ސިފައެވެ. އަދި އިން ޖީލުގައި އެބޭކަލުންގެމިސާލަކީ ކުދިގަސްތައްފަޅައިފާވާ ދަޑެއްގެ މިސާލެވެ. ދެން އެދަޑު އެއްގަސް އަނެއްގަހަށް އެހީދީ އަދި އެގަސްތައް ގިނަވެ ބޯވެފައިވާ އަދި އޭގެތަޑުގެމަތީގައި (ގަސްގަޑުގައި) ރީތިކޮށް ހަރުލައިގަސްތައް ކޮޅަށްހުރިދަޑެކެވެ. އަދި (އެދަޑުދެކެފައި ދަޑުރީތިކަމާއި މޮޅުކަމާއި ފައްކާކަމުން) ދަޑުވެރިން ޢަޖާކޮށްލާވަރައް ދަޑު ފުރިހަމަވެފައިވެއެވެ. އެހުރިހާކަމަކީ (އެބޭކަލުންގެސަބަބުން) ކާފަރުން ރުޅިއެރުވުމަށެވެ. އަދި އެމީހުންގެތެރެއިން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުންނަށް ފާފަ ފުއްސަވާނެކަމަށާއި އަދި ބޮޑުވެގެންވާ ދަރުމަދެއްވާނެކަމަށް الله عْدُ ކުރެއްވިއެވެ.
Read Surah Al-Fath in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.