MyDugsiStart learning

Surah Al-Buruj in Dhivehi: translation and audio

Surah 85 · البروج · The Mansions of the Stars · 22 verses

Surah Al-Buruj verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Buruj word by word in English.

Verse 1

وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ

Transliteration wal-samāi dhāti l-burūji

Dhivehi ބުރުޖުތަކުގެވެރި އުޑުގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.\n• ދަންނައެވެ! މިއާޔަތުގައިވާ ބުރުޖު ގެމުރާދަކާއިމެދު مُفَسِّرُ ންގެބަސްތަފާތު ވެގެންވެއެވެ. އެބޭކަލުންވިދާޅުވި މާނަތަކުގެތެރޭގައި އަންނަނިވިމާނަތައްވެއެވެ. އެއީ ބޮޑެތި ތަރިތައް، އުޑުގައިވާ ގަޑުވަރުތަކެއް، އިރާއި ހަނދާއި ދަތުރުކުރާ މަންޒިލްތައް މިއެވެ. އަދި މިނޫންގޮތްގޮތަށްވެސް ކިޔައިފާވެއެވެ.

Verse 2

وَٱلْيَوْمِ ٱلْمَوْعُودِ

Transliteration wal-yawmi l-mawʿūdi

Dhivehi އަދި قِيَامَة ދުވަސް ގަންދެއްވައި الله ހުވައި وَحِي ކުރައްވައެވެ.

Verse 3

وَشَاهِدٍ وَمَشْهُودٍ

Transliteration washāhidin wamashhūdin

Dhivehi އަދި ހުކުރު ދުވަހާއި ޢަރަފާތް ދުވަހާއި (ވެސް ގަންދެއްވައި ހުވައި ވަޙީކުރަށްވައެވެ.)

Verse 4

قُتِلَ أَصْحَـٰبُ ٱلْأُخْدُودِ

Transliteration qutila aṣḥābu l-ukh'dūdi

Dhivehi أُخْدُودُ ގެ ވެރިންނަށް لَعْنَة ލެވިއްޖެއެވެ. أُخْدُودُ އަކީ ބިމުގައި ކޮނެފައި އޮންނަ ދިގު ވަޅުގަނޑެވެ.

Verse 5

ٱلنَّارِ ذَاتِ ٱلْوَقُودِ

Transliteration al-nāri dhāti l-waqūdi

Dhivehi އެވަޅުގަނޑަކީ އޭގައި ދަރުއަޅާ ރޯކޮށްފައިވާ ވަޅުގަނޑެވެ.

Verse 6

إِذْ هُمْ عَلَيْهَا قُعُودٌ

Transliteration idh hum ʿalayhā quʿūdun

Dhivehi ،(7) އެއީ (އެބަހީ އެކާފަރުންނަށް لَعنة ލެއްވުނީ) އެ ކާފަރުންގެ މީހުން އެ އަލިފާންގަނޑު ކައިރީގައި އިށީންދެ ތިބެ ހީހަދައި އަދި އެމީހުން އެތާ އިށީންދެ ތިބެނީ މުއުމިނުންނަށް ދޭ އަނިޔާއާއި ޢަޒާބުތައްދެކެ އެކަމަށް މަޖާނަގައި ހެދިކަމަށްޓަކައެވެ. ބެލުމަށްޓަކައެވެ. އެކަމަށް ޙާޟިރު ވެގެންނެވެ.

Verse 7

وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌ

Transliteration wahum ʿalā mā yafʿalūna bil-mu'minīna shuhūdun

Dhivehi ،(7) އެއީ (އެބަހީ އެކާފަރުންނަށް لَعنة ލެއްވުނީ) އެ ކާފަރުންގެ މީހުން އެ އަލިފާންގަނޑު ކައިރީގައި އިށީންދެ ތިބެ ހީހަދައި އަދި އެމީހުން އެތާ އިށީންދެ ތިބެނީ މުއުމިނުންނަށް ދޭ އަނިޔާއާއި ޢަޒާބުތައްދެކެ އެކަމަށް މަޖާނަގައި ހެދިކަމަށްޓަކައެވެ. ބެލުމަށްޓަކައެވެ. އެކަމަށް ޙާޟިރު ވެގެންނެވެ.

Verse 8

وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ

Transliteration wamā naqamū min'hum illā an yu'minū bil-lahi l-ʿazīzi l-ḥamīdi

Dhivehi އެ ކާފަރުންގެ މީހުން އެ މުއުމިނުންނަށް ޢަޒާބުދީ މަރާ ހަދަނީ އެ މުއުމިނުންގެ މީހުން ގަދަ ކީރިތިވަންތަ އަދި حَمد ލިބިވޮޑިގެންވާ ﷲ އަށް އީމާންވީކަމުގެ ސަބަބުންނެވެ. އެހެންކަމެއްނޫނެވެ. ދަންނައެވެ. މި އާޔަތުގައި ذِكر ކުރެވިގެން މިދަނީ އިސްލާމްދީން އައުމުގެ ކުރީ އުޅުނުބައެއްގެ ވާހަކައެވެ. އެބައިމީހުންގެ ރަސްގެފާނަކަށް އިނީ އެއްކައުވަންތަކަމަށް دعوى ކުރާޖައްބާރު ވެރިއެކެވެ. ދެންފަހެ އޭނާގެ ރަތްޔިތުންކުރެ ބަޔަކު އޭރު އޮތް ސަމާވީދީނަށް ވަދެ އިސްލާމްވުމުން އެކަމާ ރުޅިއަރައިގެން އެ ރަސްގެ ފާނުންގެ އަމުރަށް ބިމުގައި ވަޅުގަނޑެއް ކޮނެ އޭގައި އަލިފާންރޯކޮށް އިސްލާމްދީން ދޫކޮށް ކާފަރުނުވި ކޮންމެ މީހަކު އެ އަލިފާންގަނޑަށް ލައި އެންދީއެވެ. މުމިނުން ދީން ދޫކުނުރިއެވެ. އެ ޢަޒާބު މުއުމިނުން ނަށް ދޭތަން ބަލަން ކާފަރުންގެ މީހުން ތިބީ އަލިފާންގަނޑު ކައިރީގައި އިށީންދެގެން މަޖާނަގާށެވެ. މުމިނުންގެ ކުށަކަށް އޮތީ ހަމައެކަނި އެމީހުން الله އަށް އީމާން ވީ ކަމެވެ (މިކަމެއް ހިގައިފާވަނީ نَجْرَانُ އެވެކިޔާ ރަށެއްގައިކަމުގައިވިއެވެ.). وَالله أعلم.

Verse 9

ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ

Transliteration alladhī lahu mul'ku l-samāwāti wal-arḍi wal-lahu ʿalā kulli shayin shahīdun

Dhivehi އެ ﷲ އީ އެކަލާންގެއަށް އުޑުތަކާއި ބިމުގެ އެންމެހާތަކެތި މިލްކުވެގެންވާ حَمد އާއި تَعْريف ލިބި ވޮޑިގެންވާ ގަދަފަދަވަންތަ ކަލާންގެއެވެ. އެކަލާނގެ ކޮންމެކަމަކަށް ހެކިވެ ވޮޑިގެންވެއެވެ. މިކާފަރުން މުއުމިނުންނަށް އެކުރިއަނިޔާއަށްވެސް ހެކިވެވޮޑިގެންވެއެވެ.

Verse 10

إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ

Transliteration inna alladhīna fatanū l-mu'minīna wal-mu'mināti thumma lam yatūbū falahum ʿadhābu jahannama walahum ʿadhābu l-ḥarīqi

Dhivehi ހަމަކަށަވަރުން މުއުމިނުންގެ މީހުން އަލިފާނުން އަންދާ ޢަޒާބު ދިންމީހުން އެމީހުންހުން އެކުށުން އެމީހުން ތައުބާ ނުވިއްޔާ އެމީހުންނަށް ޤިޔާމަތް ދުވަހުން ހުންނަހުށީ ނަރަކައިގެ ޢަޒާބު އެވެ. އަނދައަނދާ ހުރި އަލިފާނުގެ ޢަޒާބު އެވެ.

Verse 11

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ

Transliteration inna alladhīna āmanū waʿamilū l-ṣāliḥāti lahum jannātun tajrī min taḥtihā l-anhāru dhālika l-fawzu l-kabīru

Dhivehi އަދި ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރިމީސްތަކުން ދަންނައެވެ. އެމީހުންނަށް قِيَامَة ދުވަހުން ހުންނަހުށީ އެތަންތާގެދަށުން އާރުތައްދެމިދެމިހުންނަ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

Verse 12

إِنَّ بَطْشَ رَبِّكَ لَشَدِيدٌ

Transliteration inna baṭsha rabbika lashadīdun

Dhivehi (އޭ رِسُولُ الله އެވެ!) ކަލޭގެފާނުންގެ رِبُّ ކުށްވެރިންގެކިބައިން ބަދަލު ހިތްޕެވުން ގަދަފަދަވެގެންވެއެވެ.

Verse 13

إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ

Transliteration innahu huwa yub'di-u wayuʿīdu

Dhivehi ހަމަކަށަވަރުން އެކަލާނގެއީ އެންމެހައި ޚަލްޤުތަކުން އިސްވެދިޔަ އެއްވެސް މިސާލެއްނެތި ފަށައިގެން ހައްދަވާކަލާނގެއެވެ. އަދި މަރުވުމަށްފަހު އަލުން ދިރުއްވައި مَحْشَر ކުރައްވާނޭކަލާނގެއެވެ.

Verse 14

وَهُوَ ٱلْغَفُورُ ٱلْوَدُودُ

Transliteration wahuwa l-ghafūru l-wadūdu

Dhivehi އަދިއެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ލޯބިވެތިވެގެންވާ ކަލާނގެއެވެ.

Verse 15

ذُو ٱلْعَرْشِ ٱلْمَجِيدُ

Transliteration dhū l-ʿarshi l-majīdu

Dhivehi އެކަލާނގެއީ މާތްވެގެންވާ عَرْشِ ގެވެރިކަލާނގެއެވެ. ނުވަތަ އެކަލާނގެއީ ބޮޑުވެގެންވާ عَرْشِ ގެވެރިކަލާނގެއެވެ. އޯގާވަންތަކަމާއި ދީލަތިވަންތަކަން އޭގެ ނިހާޔަތުގައިވާކަލަނގެއެވެ.

Verse 16

فَعَّالٌ لِّمَا يُرِيدُ

Transliteration faʿʿālun limā yurīdu

Dhivehi އަދި އެކަލާނގެއީ އެކަލާނގެ އެދިވޮޑިގަންނަވާކޮންމެކަމެއް އެދިވޮޑިގެންނެވި ފަދައަކުން ކުރައްވާކަލާނގެއެވެ. އަދިއެކަމެއް މަނާކުރެވޭނެ އެއްވެސްފަރާތެއްނުވާ ކަލާނގެއެވެ.

Verse 17

هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ

Transliteration hal atāka ḥadīthu l-junūdi

Dhivehi (އޭ رِسُولُ الله އެވެ!) ސިފައިންގެ ޖަމާޢަތްތަކުގެ ވާހަކަތައް ކަލޭގެފާނާއި ހަމައަށް އަތުވެއްޖެތޯއެވެ؟ އެބަހީ رسُولُ ބޭކަލުން ދޮގުކުރި ޖަމާޢަތްތަކުގެ خَبَرُ ކަލޭގެފާނަށް އަތުވެއްޖެތޯއެވެ؟

Verse 18

فِرْعَوْنَ وَثَمُودَ

Transliteration fir'ʿawna wathamūda

Dhivehi އެއީ فِرْعَوْنُ ގެ ޤައުމުގެމީހުންނާއި ثَمُوْدُ ބާގައިގެމީހުންނެވެ. އެދެޖަމާޢަތުގެނަން ذِكْرُ ކުރެވިފައިވަނީ އެދެޖަމާޢަތް أهْلُ كِتَابُ ންގެގާތުގައި މަޝްހޫރުވެގެންވާތީއެވެ.

Verse 19

بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍ

Transliteration bali alladhīna kafarū fī takdhībin

Dhivehi އަދިކިއެއްހެއްޔެވެ. މައްކާގެ ކާފަރުންއެވަނީ ބޮޑުވެގެންވާ ދޮގު ކުރުމެއްގައެވެ. އެމީހުން އެވަނީ رسُولُ ﷲ ގެފަނާއި އެކަލޭގެފާނު ގެންނެވި ތަކެއްޗާއިމެދު ބޮޑުދޮގުކުރުމެއްގައެވެ.

Verse 20

وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ

Transliteration wal-lahu min warāihim muḥīṭun

Dhivehi އަދި الله އެވަނީ އެމީހުންގެފަހަތުގައި ހުރިހާކަމަކަށް ކުޅަދުންވަންތަވެވޮޑިގެން ބައްލަވާށެވެ. (އެމީހުންނަށްވެސް އިސްވެދި އުއްމަތްތަކަށް ދެއްވިފަދަ عَذَابُ އެއްދެއްވުމަށް ކުޅަދުންވަންތަވެވޮޑިގެންނެވެ.

Verse 21

بَلْ هُوَ قُرْءَانٌ مَّجِيدٌ

Transliteration bal huwa qur'ānun majīdun

Dhivehi އަދިކިއެއްހެއްޔެވެ. އެ قُرْآن އަކީ މާތްކަމާއި ޝަރަފުވެރިކަމާއި އަދިކީރިތިކަން އޭގެނިހާޔަތަށް ގޮސްފައިވާފޮތެކެވެ.

Verse 22

فِى لَوْحٍ مَّحْفُوظٍۭ

Transliteration fī lawḥin maḥfūẓin

Dhivehi އެފޮތްވަނީ لَوْحُ المَحْفُوْظُ ގައި ލިޔެވިގެންނެވެ. ރައްކާތެރިވެގެންވާ ފިލައިގާ ލިޔެވިގެންނެވެ. شَيْطَان ންގެ އަތްތަކެއް އެއަކަށް ނުފޯރާނެއެވެ. މާތްވެގެންވާ طَاهِرُ މަލާއިކަތްބޭކަލުންނޫނީ އޭގައި ނުބީހެއެވެ.

Read Surah Al-Buruj in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.