Surah Al-Ahzab in Dhivehi: translation and audio
Surah 33 · الأحزاب · The Combined Forces · 73 verses
Surah Al-Ahzab verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Ahzab word by word in English.
Verse 1
يَـٰٓأَيُّهَا ٱلنَّبِىُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلْكَـٰفِرِينَ وَٱلْمُنَـٰفِقِينَ ۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا
Transliteration yāayyuhā l-nabiyu ittaqi l-laha walā tuṭiʿi l-kāfirīna wal-munāfiqīna inna l-laha kāna ʿalīman ḥakīman
Dhivehi އޭނަބިއްޔާއެވެ! ތަޤުވާވެރިވުންމަތީ ކަލޭގެފާނު ދެމިހުންނަވާށެވެ! އަދި ކާފަރުންނާއި މުނާފިޤުންނަށް ކިޔަމަންތެރިވެވަޑައި ނުގަންނަވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ދެނެވޮޑިގެންވާ އަދި ޙިކުމަތްވަންތަ ކަލަކުކަމުގައެވެ.
Verse 2
وَٱتَّبِعْ مَا يُوحَىٰٓ إِلَيْكَ مِن رَّبِّكَ ۚ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا
Transliteration wa-ittabiʿ mā yūḥā ilayka min rabbika inna l-laha kāna bimā taʿmalūna khabīran
Dhivehi އަދި ކަލޭގެފާނުންގެ رَبُّ ގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވޭ ވަޙީއަށް ކަލޭގެފާނު ތަބަޢަ ވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކަލޭމެންކުރާ ކަންތަކުގެ ޚަބަރު މޮޅަށްދެނެވޮޑިގެންވާ ކަލަކުކަމުގައެވެ. (އެޚަބަރުތަށް ކަލޭމެންނަށް ޤިޔާމަތްދުވަހުން އެކަލާނގެ ދެއްވާނެއެވެ.)
Verse 3
وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا
Transliteration watawakkal ʿalā l-lahi wakafā bil-lahi wakīlan
Dhivehi އަދި ﷲ އަށް ވަކީލް ކުރައްވާށެވެ! އަދި ﷲ ވަކީލަކުކަމުގައި ފުދިވޮޑިގެންވެއެވެ.
Verse 4
مَّا جَعَلَ ٱللَّهُ لِرَجُلٍ مِّن قَلْبَيْنِ فِى جَوْفِهِۦ ۚ وَمَا جَعَلَ أَزْوَٰجَكُمُ ٱلَّـٰٓـِٔى تُظَـٰهِرُونَ مِنْهُنَّ أُمَّهَـٰتِكُمْ ۚ وَمَا جَعَلَ أَدْعِيَآءَكُمْ أَبْنَآءَكُمْ ۚ ذَٰلِكُمْ قَوْلُكُم بِأَفْوَٰهِكُمْ ۖ وَٱللَّهُ يَقُولُ ٱلْحَقَّ وَهُوَ يَهْدِى ٱلسَّبِيلَ
Transliteration mā jaʿala l-lahu lirajulin min qalbayni fī jawfihi wamā jaʿala azwājakumu allāī tuẓāhirūna min'hunna ummahātikum wamā jaʿala adʿiyāakum abnāakum dhālikum qawlukum bi-afwāhikum wal-lahu yaqūlu l-ḥaqa wahuwa yahdī l-sabīla
Dhivehi الله تَعَالي އެއްވެސް މީހެއްގެ އެތެރެ ހަށީގައި ދެހިތްނުލައްވައެވެ. އަދި ކަލޭމެން އެކަނބަލުން މައެކޭ ހަމަކުރި ކަލޭމެންގެ އަނބީން އެއީ ކަލޭމެންގެ މައިންކަމުގައި ވެސް އެކަލާނގެ ނުލައްވައެވެ. އަދި އެހެންމީހެއްގެ ދަރިއެއް އެއީތިމާގެ ދަރިއެއް ކަމުގައި ކަލޭމެން އަމިއްލައަށް ހެދިޔަސް އެއީކަލޭމެންގެ އުފަންދަރިއެއް ކަމުގައި ﷲ ނުލައްވައެވެ. މިއިން ކޮންމެ ބަހަކީވެސް ހަމަކަލޭމެންގެ އަނގަތަކުން ނުކުންނަ (އެއްވެސް ޙަޤީޤަތެއްނެތް) ހުސްވާހަކަތަކެކެވެ. އަދި ﷲ އެ ވަޙީ ކުރައްވަނީ ޙައްޤު އެވެ. އަދި ސީދާ ތެދުމަގު ދައްކަވާނީވެސް ހަމަ އެކަލާނގެއެވެ.\n* ދަންނައެވެ. ހަތަރުވަނަ އާޔަތުގައި އެވާ ފުރަތަމަ ތިން ނުގުތާއަކީ ހަމަ ބާތިލު ތިންވާހަކައެވެ. އެއްވެސް މީހަކަށް ދެހިތެއްނުވެއެވެ. ﷲ އަށް ލޯބިވާ ހިތެއް އޮވެފައި ކާފަރުންނަށް ލޯބިވާ ހިތެއް ނުވަތަ އީމާންކަމަށް ލޯބިވާ ހިތެއްއޮވެފައި ކާފަރު ކަމަށް ލޯބިވާ ހިތެއް އޮތުމަކީ ވާނޭކަމެއް ނޫނެވެ. ހަމައެފަދައިން ތިމާގެ އަނބިމީހާ މަޔެކޭ ހަމަކުރިޔަސް އެހެންވާނީކިހިނެއްހެއްޔެވެ؟ މަންމައަކީ އެމީހެއްބަނޑުން ތިމާނުކުތް މީހާއެވެ. އެއީ އެންމެމީހެކެވެ. އެއީވެސް މުޅިން ދޮގު ބުނުމެކެވެ. ދެންއޮތީ ތިމާގެދަރި ނޫން އެހެން މީހެއްގެ ދަރިއެއް ތިމާގެ ދަރި އަކު ކަމުގައި ހަދައި ވާރުތަވެސް ކޮށްހެދުމެވެ. زَيْد بُن حَارثَة އަށް زَيْد بُن مُحَمَّد އޭ ކިޔައިގެން ދުވަސްގަނޑެއްގައި އުޅުނީވެސް އެގޮތުންނެވެ. އެ ކޮންމެ ވާހަކައަކީ ބާތިލު ވާހަކަ އެއްކަން ﷲ މިއާޔަތުން އެ ވަޙީ ކުރައްވަނީއެވެ. ޖާހިލިއްޔަ ޒަމާނުގައި އެބާވަތުގެ ބައެއް ކަންތަށް ހުރިނަމަވެސް އިސްލާމް ދީނުގައި އެކަންކަމުގެ ޙުކުމްތަށް ބާވައިލެއްވުމަށްފަހު އޭގެ ކުރީގެ ވާހަކަތަށް ބާތިލުވީއެވެ. ދެން ތިމާގެ ދަރިނޫން އެހެން ދަރިއެއްކަމުގައި ހަދައިގެން އުޅުނު މައްސަލާގައި ހަދަންވީގޮތް ﷲ ދެން މިއަންނަ އާޔަތުގައި އެއަންގަވަނީއެވެ.
Verse 5
ٱدْعُوهُمْ لِـَٔابَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ ۚ فَإِن لَّمْ تَعْلَمُوٓا۟ ءَابَآءَهُمْ فَإِخْوَٰنُكُمْ فِى ٱلدِّينِ وَمَوَٰلِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَآ أَخْطَأْتُم بِهِۦ وَلَـٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
Transliteration id'ʿūhum liābāihim huwa aqsaṭu ʿinda l-lahi fa-in lam taʿlamū ābāahum fa-ikh'wānukum fī l-dīni wamawālīkum walaysa ʿalaykum junāḥun fīmā akhṭatum bihi walākin mā taʿammadat qulūbukum wakāna l-lahu ghafūran raḥīman
Dhivehi އެފަދަކުދިން - އަދި މީހުންވެސް އެމީހުންގެ އަސްލުބައްޕައަށް ނިސްބަތް ކުރާށެވެ. (ކުއްޖާގެ ފަހަތަށް އަސްލު ބައްޕަގެ ނަންކިޔާށެވެ.) ﷲ ގެ ޙަޞްރަތުގައި ޢަދުލުވެރިކަން ބޮޑީއެގޮތެވެ. އަދި އެކުއްޖެއްގެ އަސްލު ބައްޕަ ނޭނގޭކަމުގައިވެފައި އަދި އެކުއްޖަކީ މުސްލިމެއްކަމުގައިވަންޏާ އެއީ ދީނީގޮތުން ކަލޭމެންގެ އަޚެކެވެ. (އެކުއްޖަކަށް އަޚުގެ ނަމުން ކިޔާށެވެ.) ދެންއެހެންޏާ مَوْلَي އެވެ ކިޔާށެވެ. އަދި ކަލޭމެނަށް ނޭނގިގެން އޮޅުމަކުން ވެފައިހުރި އެބާވަތުގެ ކަންކަމާއިމެދު ކަލޭމެންގެ މައްޗަށް އެކަމުގެ ކުށެއްނެތެވެ. އެކަމަކު ކުށަކަށް ވާނީ ހިތުގެ ޔަޤީން ކަމާއިއެކު ގަސްދުގައި ކުރާކަންތަކުންނެވެ. (އެބަހީ މިސާލަކަށް ކުއްޖާގެ ބައްޕަކަން ރަނގަޅަށް އެނގިހުރުމާއިއެކު ބައްޕަނޫން މީހަކަށް އެކުއްޖާ ނިސްބަތް ކުރުމުންނެވެ.) އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތް ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައެވެ.
Verse 6
ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ وَأَزْوَٰجُهُۥٓ أُمَّهَـٰتُهُمْ ۗ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَـٰبِ ٱللَّهِ مِنَ ٱلْمُؤْمِنِينَ وَٱلْمُهَـٰجِرِينَ إِلَّآ أَن تَفْعَلُوٓا۟ إِلَىٰٓ أَوْلِيَآئِكُم مَّعْرُوفًا ۚ كَانَ ذَٰلِكَ فِى ٱلْكِتَـٰبِ مَسْطُورًا
Transliteration al-nabiyu awlā bil-mu'minīna min anfusihim wa-azwājuhu ummahātuhum wa-ulū l-arḥāmi baʿḍuhum awlā bibaʿḍin fī kitābi l-lahi mina l-mu'minīna wal-muhājirīna illā an tafʿalū ilā awliyāikum maʿrūfan kāna dhālika fī l-kitābi masṭūran
Dhivehi މުއުމިނުންނަށް އެމީހުންގެ ނަފުސުތަކަށްވުރެވެސް ޙައްޤުކަންބޮޑީ މާތްވެގެންވާ ނަބިއްޔާއެވެ. (އެބަހީ ތިމާގެ އަމިއްލަ ނަފުސަށްވުރެވެސް ބޮޑަށް ތިމާ ދިފާއުކުރަންޖެހޭނީ އެކަލޭގެފާނުންގެ ނަފްސުފުޅެވެ. އަދި ތިމާގެ މަސްލަހަތަށްވުރެ ބޮޑަށް އިސްކަންކުރަންޖެހޭނީ އެކަލޭގެފާނުންގެ މަސްލަހަތަށެވެ. އެގޮތް ނެތްނަމަ އީމާންކަން ޞައްޙައެއް ނުވާނެއެވެ. އެގޮތުގެމައްޗަށް ދަލީލުކުރާ އެތަކެއް ޙަދީޘްވެސް ވެއެވެ.) އަދި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނީ މުއުމިނުތަކުންގެ މައިންނެވެ. (އަބަދު تَعْظِيم ކުރުމުގެ ގޮތުން އުފަންމަންމަ ފަދައެވެ. އެކަނބަލުންނާއި ކާވެނިކުރުންވެސް އެހެން މައިންނެކޭއެއްފަދައިން ޙަރާމްވެގެންވެއެވެ.) އަދި ގާތްތިމާގެ މީހުން (މުދާވާރުތަވުމުގެ ގޮތުންވެސް) މާ ޙައްޤުކަންބޮޑެވެ. އެއީ ﷲ ގެ ފޮތުގައި އެކަންކަނޑައެޅިފައިފާގޮތެވެ. (އެއީ لَوْح المَحْفُوظ ގައި ނުވަތަ ޤުރުއާނުގައި ނުވަތަ ވާރުތަމުދާ ބަޔާންކުރެއްވި އާޔަތުގައި ބަޔާންވެގެންވާ ގޮތެވެ.) މުހާޖިރުންނާއި ދެންވެސް އެހެން ދުރު މުއުމިނުން އެއްބަޔަކުއަނެއްބަޔަކު ވާރުތަކުރުމަށްވުރެ ގާތް މީހުންވާރުތަވުން ޙައްޤުކަން ބޮޑެވެ. ނަމަވެސް ޞަދަޤާތް އެއްކުރުން ނުވަތަ ވަޞިއްޔަތުގެ ގޮތުން ދުރުމީހުންނަށް އެހީވެ ހެޔޮފޯރުކުރުން ހުއްދައެވެ. އެކަންތައްތައް لَوْح المَحْفُوظ ގައި ނުވަތަ ކީރިތި ޤުރުއާނުގައި ކަނޑައެޅި ބަޔާންވެގެންވެއެވެ.\n* ދަންނައެވެ. އިސްލާމްދީނުގެ ކުރީކޮޅުގައި ގާތްތިމާގެ މީހުން ފިޔަވައިވެސް ހިޖުރަ ކުރުމުގެ ގޮތުންނާއި ޢަހުދުގެ ގޮތުން މުދާވާރުތަ ވުމުގެ ޤަވާޢިދެއްއޮތެވެ. ނަމަވެސް ވާރުތަ މުދާބެހުމުގެ ޙުކުމްތަށް ބަޔާންވެގެންވާ އާޔަތްބާވައިލައްވުމުންނާއި އަދި މިފަދަ އާޔަތްތަކުން އެކަން މަންސޫޚުވެގެން ދިޔައީއެވެ. މިހާރުމުދާ ވާރުތަވަނީ ފަހުންބާވައިލެއްވި އާޔަތުގައިވާ ޤަވާޢިދުން ގާތްތިމާގެ މީހުންގެ މެދުގައެވެ. އެހެންނަމަވެސް ހެޔޮކަން ހިންގުމުގެ ގޮތުން ހެޔޮފޯރުކުރުމުގެ ދޮރު ހުޅުވިގެންވެއެވެ. وَالله أَعْلَم.....
Verse 7
وَإِذْ أَخَذْنَا مِنَ ٱلنَّبِيِّـۧنَ مِيثَـٰقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَٰهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَـٰقًا غَلِيظًا
Transliteration wa-idh akhadhnā mina l-nabiyīna mīthāqahum waminka wamin nūḥin wa-ib'rāhīma wamūsā waʿīsā ib'ni maryama wa-akhadhnā min'hum mīthāqan ghalīẓan
Dhivehi އަދި ތިމަން ރަސްކަލާނގެ نبي ބޭކަލުންގެ ކިބައިން عهد ކަށަވަރު ހިތްޕެވިހިނދުމަފުޅުކުރައްވާށެވެ. (އޭ رسول الله އެވެ!) އަދި ކަލޭގެފާނުންގެ ކިބައިންނާއި نوح ގެފާނާއި إبراهيم ގެފާނާއި موسى ގެފާނާއި އަދި مريم ގެ ދަރިކަލުން عيسى ގެފާނާއި (عليهِمُ السلام) މިއެންމެ ބޭކަލުންގެ ކިބައިން ميثاق ހިތްޕެވީމެވެ. އަދި އެބޭކަލުންގެ ކިބައިން ގަދަވެގެންވާ عهد ހިތްޕެވީމެވެ. * އެންމެހައި ނަބީބޭކަލުންގެ ކިބައިން ހިތްޕެވި عهد އަކީ -الله އަށް އަޅުކަން ކުރުމަށާއި- އަދި اللهފިޔަވައި އެހެންފަރާތަކަށް އަޅުކަން ކުރެއްވުން ދޫކުރެއްވުމަށާއި -އޭގެ އެއްބޭކަލަކު އަނެއްބޭކަލަކު ތެދު ކުރެއްވުމަށާއި- އަދި އެބޭކަލުންގެ قوم ތަކަށް نصيحة ދެއްވައި رسالة އިއްވެވުމަށެވެ. އަދި އާޔަތުގައި ނަންގަނެވިގެންވާ ފަސްބޭކަލުން خاص ގޮތެއްގައި ނަންގަނެވިގެން އެވަނީ أُولواْلعَزْمِ ގެ ފަސްބޭކަލުންކަމުގައިވެފައި ބޮޑެތި شريعةތަކުގެ ބޭކަލުން ކަމުގައި ވެފަޔާއި އަދި އެބޭކަލުންނަށްވާ ޝަރަފެއްގެ ގޮތުންނެވެ. އަދި محمد ﷺ އަކީ އެންމެ ފަހުގެ نبي އާކަމުގައި ވެފައި ލިސްޓްގެ އެންމެ ކުރީގައި އެނަންފުޅުވުމަކީ އެކަލޭގެފާނަށްވާ އިތުރު شرف އަކާއި މާތްކަމެކެވެ. والله أعلم - زُبْدَة التَّفْسِيْر.
Verse 8
لِّيَسْـَٔلَ ٱلصَّـٰدِقِينَ عَن صِدْقِهِمْ ۚ وَأَعَدَّ لِلْكَـٰفِرِينَ عَذَابًا أَلِيمًا
Transliteration liyasala l-ṣādiqīna ʿan ṣid'qihim wa-aʿadda lil'kāfirīna ʿadhāban alīman
Dhivehi އަދި އެފަދަ عهد ކަށަވަރު ކުރެއްވީ އެބޭކަލުންގެ ތެދުވެރިކަމާއިމެދު އެކަލާނގެ ސުވާލުކުރެއްވުމަށާއި އަދި ކާފަރުންގެ ކިބައިންވެސް އެބޭކަލުންނަށް ދެއްވި ޖަވާބަކާމެދު ސުވާލު ކުރެއްވުމަށެވެ. އަދި ކާފަރުންނަށް އެކަލާނގެ ތައްޔާރު ކުރައްވާފައިވަނީ ވޭންދެނިވި عذاب އެކެވެ.
Verse 9
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَآءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا
Transliteration yāayyuhā alladhīna āmanū udh'kurū niʿ'mata l-lahi ʿalaykum idh jāatkum junūdun fa-arsalnā ʿalayhim rīḥan wajunūdan lam tarawhā wakāna l-lahu bimā taʿmalūna baṣīran
Dhivehi އޭ إيمان ވެއްޖެ މީސްތަކުނޭވެ! ކަލޭމެންގެ ގާތަށް (لشكر ތައް އައި ހިނދު) ކަލޭމެންގެ މައްޗަށް ﷲ ލެއްވި އެކަލާނގެ نعمة ކަލޭމެންނިކަން ހަދާންކޮށްބަލާށެވެ! ފަހެ ތިމަންރަސްކަލާނގެ އެބައިމީހުންގެ މައްޗަށް އެބަހީ ކާފަރުންގެ މައްޗަށް ވަޔެއް ފޮނުއްވީމެވެ. އަދި ކަލޭމެންނަށް ނުފެންނަ އެހެން لشكر އެއް ފޮނުއްވީމެވެ. (އެއީ މަލާއިކަތްބޭކަލުންގެ لشكر އެކެވެ. އެބޭކަލުން ކާފަރުންގެ ފޭލިގެތަކުގެ ކަޑަތައް ލުއްސަވައި ފޭލިގޭގެ މެދުގައި ވިއްދާފައިވާ މެދު ތަނބު ވައްޓައިލައްވައި އަލިފާން ނިއްވައި ކަށްކަން އުދާފައިވާ ތެލިތައް ބަންޑުން ޖައްސަވައި އަސްތައް އެއްއަސް އަނެއް އަހަށްޖައްސުވައި ކާފަރުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވައި ހެއްދެވިއެވެ.) އަދި ﷲ ވޮޑިގެންވަނީ ކަލޭމެންކުރާ އެންމެހައި ކަންތައް ދެނެވޮޑިގެންވާ ކަލަކުކަމުގައެވެ.
Verse 10
إِذْ جَآءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ ٱلْأَبْصَـٰرُ وَبَلَغَتِ ٱلْقُلُوبُ ٱلْحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠
Transliteration idh jāūkum min fawqikum wamin asfala minkum wa-idh zāghati l-abṣāru wabalaghati l-qulūbu l-ḥanājira wataẓunnūna bil-lahi l-ẓunūnā
Dhivehi އަދި އެބައިމީހުން - އެބަހީ أحزاب لشكر ތައް ކަލޭމެނެގެ އުސްފަރާތުންނާއި އަދި ތިރިފަރާތުން (އެބަހީ مدينة ގެ مشرق ފަރާތުގެ އުސްތަނުންނާއި އަދި مغرب ފަރާތުގެ ތިރިދިމާއިން) އައި ހިނދު ކަލޭމެން ހަދާންކޮށް ބަލާށެވެ! އެހިނދު مدينة ގެ ބައެއް މީހުން ބިރުން ސިހިގެންގޮސް ލޯތައް އެފުށް މިފުށަށް ލެނބި ހިތްތައް ލަގޮޑި ވަޅާ ހަމައަށް އަރައިގެން ދިޔައެވެ. އަދި ކަލޭމެން ﷲ އާއިމެދު އެތަކެއް ހީ ކުރީމެވެ.
Verse 11
هُنَالِكَ ٱبْتُلِىَ ٱلْمُؤْمِنُونَ وَزُلْزِلُوا۟ زِلْزَالًا شَدِيدًا
Transliteration hunālika ub'tuliya l-mu'minūna wazul'zilū zil'zālan shadīdan
Dhivehi އަދި އެވަގުތު مؤمن ންގެ އީމާންކަން إمتحان ވެވުނެވެ. (ބިރުވެރިކަމާއި ހަނގުރާމަޔާއި ބަނޑުހައި ހޫނުކަމާއި حصار ވުމާއި ދެންވެސް އެބާވަތުގެ އެތައްކަމަކުން إمتحان ކުރެވުނެވެ. حقيحقى مؤمن ންނާއި منافق ން فرق ކޮށްލެވުނެވެ. އަދި މީސްތަކުންނަށް ގުޑުންއަރާވަރަށް އެމީހުންނަށް ހަމަނުޖެހުންއައެވެ.
Verse 12
وَإِذْ يَقُولُ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورًا
Transliteration wa-idh yaqūlu l-munāfiqūna wa-alladhīna fī qulūbihim maraḍun mā waʿadanā l-lahu warasūluhu illā ghurūran
Dhivehi އަދި منافق ންނާއި އެމީހުންގެ ހިތްތަކުގައި (ޝައްކާއި ވަހުމުގެ) ބަލިކަންވާ މީހުން ބުނިހިނދު ހަނދާންކޮށްބަލާށެވެ! (އެމީހުން ބުންޏެވެ.) ﷲ އާއި ރަސޫލާ އަހުރެމެންނަށް ހެއްލުމަކަށް މެނުވީ ވަޢުދު ކުރައްވާފައި ނުވެއެވެ.
Verse 13
وَإِذْ قَالَت طَّآئِفَةٌ مِّنْهُمْ يَـٰٓأَهْلَ يَثْرِبَ لَا مُقَامَ لَكُمْ فَٱرْجِعُوا۟ ۚ وَيَسْتَـْٔذِنُ فَرِيقٌ مِّنْهُمُ ٱلنَّبِىَّ يَقُولُونَ إِنَّ بُيُوتَنَا عَوْرَةٌ وَمَا هِىَ بِعَوْرَةٍ ۖ إِن يُرِيدُونَ إِلَّا فِرَارًا
Transliteration wa-idh qālat ṭāifatun min'hum yāahla yathriba lā muqāma lakum fa-ir'jiʿū wayastadhinu farīqun min'humu l-nabiya yaqūlūna inna buyūtanā ʿawratun wamā hiya biʿawratin in yurīdūna illā firāran
Dhivehi އަދި އޭގެތެރެއިން އެއް ޖަމާޢަތެއްގެ މީހުން ބުންޏެވެ. އޭމަދީނާގެ އަހުލުވެރިންނޭވެ! ކަލޭމެނަށް އެތާ އެ ޚަންދަޤުގެ ކައިރިން އެއްވެސް ޖާގައެއްނެތެވެ. ކަލޭމެން އަވަހަށް އެނބުރި މަދީނާގެ ކަލޭމެންގެ ގެތަކަށް ދާށެވެ. އަދި އަނެއްބަޔަކު (އެނބުރި ދިއުމަށްޓަކައި) ނަބިއްޔާގެ އަރިހުން އިޒުނަ އެދެނީއެވެ. އެމީހުން ބުނަނީއެވެ. އަހުރެމެންގެ ގެތަކުގައި އެއްވެސް ނިވަޔެއް ނެތި ބަލިކަށިވެގެން ވެއެވެ. (އެތަން ހިމާޔަތްކޮށް ބަލަހައްޓާނެ މީހަކު ނެތެވެ. އެހެންވެ އަހުރެމެން އެތަނަށްދާން ބޭނުންނުވެއެވެ.) އޭގެ ޖަވާބުގައި ﷲ އެއަންގަވަނީ އެމީހުންގެ ގެތަށް ހާވެފައި އެހާބަލިކަށްޓެއްނޫންކަމެވެ. (އެމީހުންގެ އެވާހަކައިން) ހަމަފިލައިގެން ދިއުންނޫނީ ނޭދެއެވެ.
Verse 14
وَلَوْ دُخِلَتْ عَلَيْهِم مِّنْ أَقْطَارِهَا ثُمَّ سُئِلُوا۟ ٱلْفِتْنَةَ لَـَٔاتَوْهَا وَمَا تَلَبَّثُوا۟ بِهَآ إِلَّا يَسِيرًا
Transliteration walaw dukhilat ʿalayhim min aqṭārihā thumma su-ilū l-fit'nata laātawhā wamā talabbathū bihā illā yasīran
Dhivehi އަދި ނުވަތަ މަދީނާގެ ހުރިހާ ފަރާތަކުން މުއުމިނުންގެ ޢަދުއްވުން ވަދެފައި ދެންއެމީހުންގާތު (މުއުމިނުންނާދެކޮޅަށް) ޢަދުއްވުންނަށް މަގުހުޅުވައިދީ ހަދާށޭ ބުނެވުނުނަމަ ނުވަތަ އަލުންވެސް ކާފަރުވެ ކާފަރުންނާ ގުޅޭށޭ ބުނެވުނުނަމަ ލަހެއްފަހެއްނެތި އެމީހުންއެކަމަށް އައީހެވެ.
Verse 15
وَلَقَدْ كَانُوا۟ عَـٰهَدُوا۟ ٱللَّهَ مِن قَبْلُ لَا يُوَلُّونَ ٱلْأَدْبَـٰرَ ۚ وَكَانَ عَهْدُ ٱللَّهِ مَسْـُٔولًا
Transliteration walaqad kānū ʿāhadū l-laha min qablu lā yuwallūna l-adbāra wakāna ʿahdu l-lahi masūlan
Dhivehi އަދި ހަމަކަށަވަރުން ހަނގުރާމައިގައި ފުރަގަސްދީފައިނުދިއުމަށް އެމީހުންވާނީ ﷲ އާއި ޢަހުދު ކަށަވަރުކޮށްފައެވެ. (އެއީ މި އަޙްޒާބު ހަނގުރާމައިގެ ކުރިން އުޙުދު ހަނގުރާމައިގެ ފަހުންނެވެ.) އަދި ﷲ އާއި މެދު ވެވިފައިވާ ޢަހުދާއި އެގްރިމެންޓު ތަކަކީ ސުވާލުވެވޭނެ އެއްޗެއްސެވެ. ޤިޔާމަތްދުވަހުން އެކަމާ ސުވާލުވެވޭނެއެވެ. އެކަމުގެ ޖަޒާ ލިބޭނެއެވެ.
Verse 16
قُل لَّن يَنفَعَكُمُ ٱلْفِرَارُ إِن فَرَرْتُم مِّنَ ٱلْمَوْتِ أَوِ ٱلْقَتْلِ وَإِذًا لَّا تُمَتَّعُونَ إِلَّا قَلِيلًا
Transliteration qul lan yanfaʿakumu l-firāru in farartum mina l-mawti awi l-qatli wa-idhan lā tumattaʿūna illā qalīlan
Dhivehi (އޭ رسول الله އެވެ!) ކަލޭގެފާނު (އެ منافق ންނަށް) ވިދާޅުވާށެވެ! ކަލޭމެން މަރާ ފިލަން ދިއުމަކުން ނުވަތަ ޤަތުލުވުމުން ފިލަންދިއުމަކުން ކަލޭމެނަށް އެއްވެސް މަންފާއެއްނެތެވެ. ފިލަންގޮސްގެންވެސް ދާދިކުޑަ ދުވަސްކޮޅަކުމެނުވީ ކަލޭމެން ދުނިޔޭގައި މަޖާކޮށް އަރާމުކޮށް ނޫޅޭނެއެވެ. އެއީ ކަލޭމެނަށް ކަޑައެޅިފައިވާ އަޖަލު ހަމަވާންދެނެވެ.
Verse 17
قُلْ مَن ذَا ٱلَّذِى يَعْصِمُكُم مِّنَ ٱللَّهِ إِنْ أَرَادَ بِكُمْ سُوٓءًا أَوْ أَرَادَ بِكُمْ رَحْمَةً ۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّا وَلَا نَصِيرًا
Transliteration qul man dhā alladhī yaʿṣimukum mina l-lahi in arāda bikum sūan aw arāda bikum raḥmatan walā yajidūna lahum min dūni l-lahi waliyyan walā naṣīran
Dhivehi ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! ﷲ ކަލޭމެނަށް ނުބަޔަކަށް އިރާދަކުރައްވައިފިއްޔާ ނުވަތަ ކަލޭމެނަށް ރަޙުމަތަކަށް އިރާދަކުރައްވައިފިއްޔާވެސް ﷲ ގެ ޙަޟްރަތުން އަތުވެދާނެ ނުރައްކަލަކުން ކަލޭމެން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟ އަދި ހަމަ ﷲ ފިޔަވައި ސަހަރޯވެރިއަކުވެސް އަދި ނަޞްރެއްދޭ މީހަކުވެސް
Verse 18
۞ قَدْ يَعْلَمُ ٱللَّهُ ٱلْمُعَوِّقِينَ مِنكُمْ وَٱلْقَآئِلِينَ لِإِخْوَٰنِهِمْ هَلُمَّ إِلَيْنَا ۖ وَلَا يَأْتُونَ ٱلْبَأْسَ إِلَّا قَلِيلًا
Transliteration qad yaʿlamu l-lahu l-muʿawiqīna minkum wal-qāilīna li-ikh'wānihim halumma ilaynā walā yatūna l-basa illā qalīlan
Dhivehi އަދި ހަމަކަށަވަރުން ކަލޭމެންގެ ތެރެއިން ހަނގުރާމައަށް ނުގޮސް ފަސްޖެހި ބަރުހެލިވެގެންވާ މީހުންނާއި އަދި އެބައިމީހުން އެކަހަލަ އަޚުންނަށް " مُحَمَّد ގެފާނު ދޫކޮށް އަހުރެމެންގެ ތެރެއަށް އައުމަށް އަވަސްވާށޭ" މިހެން ބުނާމީހުން ﷲ ދެނެވޮޑިގެންވެއެވެ. އަދި ދާދި މަދުންމެނުވީ އެމީހުން ހަނގުރާމައަށް ނުދާނެއެވެ.
Verse 19
أَشِحَّةً عَلَيْكُمْ ۖ فَإِذَا جَآءَ ٱلْخَوْفُ رَأَيْتَهُمْ يَنظُرُونَ إِلَيْكَ تَدُورُ أَعْيُنُهُمْ كَٱلَّذِى يُغْشَىٰ عَلَيْهِ مِنَ ٱلْمَوْتِ ۖ فَإِذَا ذَهَبَ ٱلْخَوْفُ سَلَقُوكُم بِأَلْسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلْخَيْرِ ۚ أُو۟لَـٰٓئِكَ لَمْ يُؤْمِنُوا۟ فَأَحْبَطَ ٱللَّهُ أَعْمَـٰلَهُمْ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا
Transliteration ashiḥḥatan ʿalaykum fa-idhā jāa l-khawfu ra-aytahum yanẓurūna ilayka tadūru aʿyunuhum ka-alladhī yugh'shā ʿalayhi mina l-mawti fa-idhā dhahaba l-khawfu salaqūkum bi-alsinatin ḥidādin ashiḥḥatan ʿalā l-khayri ulāika lam yu'minū fa-aḥbaṭa l-lahu aʿmālahum wakāna dhālika ʿalā l-lahi yasīran
Dhivehi އެއީ ކަލޭމެން މުއުމިނުންނާ އިދިކޮޅަށް ހުންނަ ދަހިވެތިކަމަކުންނެވެ. (ހަންދަޤު ކޮނުންކަހަލަ ހެޔޮކަންކަމުގައި ޚަރަދުކުރުމާމެދު ހުންނަ ދަހިވެތިކަމުންނެވެ.) ދެންފަހެ ހަނގުރާމައިގެ ބިރުވެރިކަން އަތުވެއްޖެއްޔާ އެމީހުންގެ ލޯތަށް މަރަށް ޙާޟިރުވެގެންވާ މީހަކު ހެޔަށްގޮތްވެފައި ވާފަދައިން ކަޅިޖަހައިނުލައި ފަރާތްފަރާތަށް އަނބުރާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ދެން ފަހެ ހަނގުރާމަ ނިމި ބިރުވެރިކަން ފިލައިގެން ހިނގައްޖެއްޔާ އެމީހުންގެ ތޫނު ދޫތަކުން ހުތުރު އެއްޗެތިކިޔައި ކަލޭމެނަށް އުނދަގޫތަށް ކުރާނެއެވެ. އެއީ ހެޔޮކަންތަކަށް ޚަރަދު ކުރުމަށް ބަޚީލްވެ ދަހިވެތިކަމުންނެވެ. ނުވަތަ ޣަނީމާ މުދަލަށް އެމީހުންވާ ދަހިވެތިކަމުންނެވެ. އެމީހުން އެއްގޮތަކަށްވެސް އީމާންނުވެއެވެ. އަދި ﷲ ތަޢާލާ އެމީހުންގެ ހެޔޮޢަމަލުތަށް بَاطِل ކުރެއްވީއެވެ. އަދި އެކަން އެފަދައިން ހެއްދެވުމަކީ ﷲ އަށް ދާދި ފަސޭހަ ކަމެކެވެ.
Verse 20
يَحْسَبُونَ ٱلْأَحْزَابَ لَمْ يَذْهَبُوا۟ ۖ وَإِن يَأْتِ ٱلْأَحْزَابُ يَوَدُّوا۟ لَوْ أَنَّهُم بَادُونَ فِى ٱلْأَعْرَابِ يَسْـَٔلُونَ عَنْ أَنۢبَآئِكُمْ ۖ وَلَوْ كَانُوا۟ فِيكُم مَّا قَـٰتَلُوٓا۟ إِلَّا قَلِيلًا
Transliteration yaḥsabūna l-aḥzāba lam yadhhabū wa-in yati l-aḥzābu yawaddū law annahum bādūna fī l-aʿrābi yasalūna ʿan anbāikum walaw kānū fīkum mā qātalū illā qalīlan
Dhivehi އަދި އެމުނާފިގުންގެ މީހުން (އެމީހުންގެ ހުރި ފިނޑިކަމާއި ބިރުވެރިކަމުން) ހީކުރަނީ އަދިވެސް أحزاب ހަނގުރާމައިގެ لشكر ތައް އެނބުރި ނުދާކަމަށެވެ. އަދި ހަނގުރާމައިގެ لشكر ތައް ހަނގުރާމަޔަށް އަތުވެއްޖެއްޔާއި بادية ގައި (މީހުންނާއި ދުރުގައި) ބީރައްޓެހި ހިސާބުގައި أعراب ންނާއިއެކުގައިވުމަށް ހަމަކަށަވަރުން އެމުނާފިގުންގެ މީހުން އެދޭނެއެވެ. ދެން އެ ހިސާބު ދުރުގައި ތިބެގެން ކަލޭމެންގެ خبر ތައް (ހަނގުރާމައިގެ خبر ތައް) މީހުން ކުރެން އަހައި ހަދާނެއެވެ. އަދި މުނާފިގުން ކަލޭމެންނާއިއެކު ކަލޭމެންގެ ތެރޭގައި ތިބިނަމަވެސް ދާދި މަދުން މެނުވީ އެމީހުން ހަނގުރާމަ ނުކުރާނެއެވެ.
Verse 21
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
Transliteration laqad kāna lakum fī rasūli l-lahi us'watun ḥasanatun liman kāna yarjū l-laha wal-yawma l-ākhira wadhakara l-laha kathīran
Dhivehi ހަމަކަށަވަރުން رَسُوْلُ الله صَلَّي الله عَلَيْه وَسَلَّم ގެ ބަސްފުޅާއި ޢަމަލު ފުޅުގައި އެކަލޭގެ ފާނުންގެ ސީރަތުގައި ކަލޭމެންނަށް ރަނގަޅުވެގެންވާ ރިވެތި ނަމޫނާ ވެއެވެ. އެއީ ﷲ އާއި އާޚިރަތްދުވަސް އެދޭބަޔަކަށެވެ. އެދުވަހުގެ ޘަވާބަށް އެދޭ ބަޔަކަށެވެ. އަދި އެބައިމީހުން ގިނަގިނައިން ﷲ ހަނދާންކޮށް ذِكْر ކުރާބަޔަކަށެވެ.
Verse 22
وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَـٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَـٰنًا وَتَسْلِيمًا
Transliteration walammā raā l-mu'minūna l-aḥzāba qālū hādhā mā waʿadanā l-lahu warasūluhu waṣadaqa l-lahu warasūluhu wamā zādahum illā īmānan wataslīman
Dhivehi އަދި މުއުމިނުންގެ މީހުންނަށް އަޙްޒާބު ހަނގުރާމައިގެ ލަޝްކަރުތައް ފެނުނު ހިންދުން އެމީހުން ބުންޏެވެ. މިއީﷲ އާއި އެކަލާނގެ ރަސޫލާ (صَلَّي الله عَلَيْه وَسَلَّم) އަހުރެމެންނަށް وَعْدُ ކުރެއްވި ކަންތަކެވެ. އަދި ﷲއާއި އެކަލާނގެ ރަސޫލާ ވިދާޅުވީ ހަމަތެދުފުޅެވެ. އަދި އީމާންކަމާއި ކިޔަމަންތެރިކަން މެނުވީ އެމީހުންނަށް އިތުރު ނުވެއެވެ.
Verse 23
مِّنَ ٱلْمُؤْمِنِينَ رِجَالٌ صَدَقُوا۟ مَا عَـٰهَدُوا۟ ٱللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُۥ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا۟ تَبْدِيلًا
Transliteration mina l-mu'minīna rijālun ṣadaqū mā ʿāhadū l-laha ʿalayhi famin'hum man qaḍā naḥbahu wamin'hum man yantaẓiru wamā baddalū tabdīlan
Dhivehi އަދި މުއުމިނުންގެ ތެރޭގައި އެމީހުން ﷲ އާއިމެދު ކުރި ވަޢުދާއި ގަތް نَذُر ތެދު އެއްޗެއްކަމުގައި ޢަމަލީ ގޮތުން ދެއްކެވި ބޭކަލުންވެއެވެ. އެމީހުންގެ ތެރޭގައި އެވަޢުދާއި އެއްގޮތަށް ހަނގުރާމަކޮށް ޝަހީދުވި ބޭކަލުންވެއެވެ. އަދި އެބޭކަލުންގެ ތެރޭގައި އެބޭކަލުންކުރެއްވި ހުވަޔާއެއްގޮތަށް ދަނޑިވަޅުނުލިބިގެން އިންތިޒާރު ކުރައްވާ ބޭކަލުންވެއެވެ. އަދި އެބޭކަލުންގެ ޢަހުދު އެއްގޮތަކަށްވެސް (މުނާފިޤުން ބަދަލުކޮށްލި ގޮތަށް) ބަދަލު ނުކޮށްލައެވެ. އެގޮތުގެމަތީގައި ޘާބިތުވެ ތިއްބަވައެވެ.
Verse 24
لِّيَجْزِىَ ٱللَّهُ ٱلصَّـٰدِقِينَ بِصِدْقِهِمْ وَيُعَذِّبَ ٱلْمُنَـٰفِقِينَ إِن شَآءَ أَوْ يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا
Transliteration liyajziya l-lahu l-ṣādiqīna biṣid'qihim wayuʿadhiba l-munāfiqīna in shāa aw yatūba ʿalayhim inna l-laha kāna ghafūran raḥīman
Dhivehi ﷲ ތަޢާލާ އެފަދައިން ކަންތައްހިންގަވަނީ ތެދުވެރިންނަށް އެބައިމީހުންގެ ތެދުވެރިކަމުގެ ޖަޒާދެއްވުމަށެވެ. އަދި ﷲ ތަޢާލާ އެދިވޮޑިގެންފިއްޔާ މުނާފިޤުންނަށް ޢަޒާބުދެއްވުމަށެވެ. ނުވަތަ އެބައިމީހުންގެ މައްޗަށް تَوْبَة ލެއްވުމަށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ އަދި ރަޙުމަތް ލެއްވުން ބޮޑުކަލަކުކަމުގައެވެ.
Verse 25
وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُوا۟ بِغَيْظِهِمْ لَمْ يَنَالُوا۟ خَيْرًا ۚ وَكَفَى ٱللَّهُ ٱلْمُؤْمِنِينَ ٱلْقِتَالَ ۚ وَكَانَ ٱللَّهُ قَوِيًّا عَزِيزًا
Transliteration waradda l-lahu alladhīna kafarū bighayẓihim lam yanālū khayran wakafā l-lahu l-mu'minīna l-qitāla wakāna l-lahu qawiyyan ʿazīzan
Dhivehi ކާފަރުވީ މީހުން - އެބަހީ އަޙްޒާބު ހަނގުރާމައަށް އައި ކާފަރުންގެ ލަޝްކަރުތައް - އެބައިމީހުންނަށް އެބައިމީހުން އެދޭ އެއްވެސް ހެޔޮކަމެއް حَاصِل ވިޔަނުދެއްވައި ﷲ تَعَالى އެބައިމީހުން ރުޅިވެރި ކަމާއި ހިތްދަތި ކަމުން ފުރިގެންވުމާއި އެކު އައިކޮޅަށް ރައްދުކުރައްވައިފިއެވެ. އެކޮޅަށް (ބޮޑުގެއްލުމާއެކު) ފޮނުވައިލެއްވިއެވެ. އަދި مُؤمِن ންގެ ފަރާތުން ﷲ تَعَالى ހަނގުރާމަ ފުއްދަވައިދެއްވައިފިއެވެ. (އެއީ އެކަލާނގެ މަލާއިކަތް ބޭކަލުންގެ ލަޝްކަރަކާއި ވައިގެ ލަޝްކަރެއްވެސް ފޮނުއްވައިގެންނެވެ.) އަދި ﷲ تَعَالى ވޮޑިގެންވަނީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ގަދަފަދަވަންތަ ކަލަކު ކަމުގައެވެ.
Verse 26
وَأَنزَلَ ٱلَّذِينَ ظَـٰهَرُوهُم مِّنْ أَهْلِ ٱلْكِتَـٰبِ مِن صَيَاصِيهِمْ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ فَرِيقًا تَقْتُلُونَ وَتَأْسِرُونَ فَرِيقًا
Transliteration wa-anzala alladhīna ẓāharūhum min ahli l-kitābi min ṣayāṣīhim waqadhafa fī qulūbihimu l-ruʿ'ba farīqan taqtulūna watasirūna farīqan
Dhivehi އަދި އެކާފަރު ލަޝްކަރު ތަކާއި އެހީވެ ވާގިވެރިވި أَهل كِتَاب ންގެ މީހުން (މަދީނާގައި ތިބި ޔަހޫދީންގެ بَنُو قُريضَة ވަންހައިގެ މީހުން) އެމީހުންގެ ކިއްލާތަކުން އެކަލާނގެ ނެރުއްވައިފިއެވެ. (އެއީ رَسُوْلُ الله صَلَّي الله عَلَيْه وَسَلَّم އާ ދެމެދުއޮތް ޢަހުދު އެމީހުން އުވައިލުމުގެ ސަބަބުންނެވެ.) ފަހެ އެބައިމީހުންގެ ހިތްތަކަށް ނުހަނު ބިރުވެރިކަން ވަދެ އޭގެތެރެއިން އެއްބަޔަކު މަރައި އަނެއްބަޔަކު ހިފައިހައްޔަރު ކޮށް أسيرން ކަމުގައި ކަލޭމެން މުއުމިނުން ހެދީމުއެވެ. (އެމީހުންގެ ތެރޭގައި ތިބި ބޮޑެތި ފިރިހެނުންމަރައި އަންހެނުންނާއި ކުޑަކުދިން أسير ކުރީމުއެވެ. (އެއީ އެމީހުންނާމެދު سَعْدُ بن مُعَاذ ކުރެއްވި ހުކުމެވެ. އެ ޙުކުމަކީ ހަތްވަނަ އުޑުގެ މަތީގެ ޙުކުމެއްކަމުގައި رَسُوْلُ الله صَلَّي الله عَلَيْه وَسَلَّم ޙަދީޘް ކުރެއްވިއެވެ.)
Verse 27
وَأَوْرَثَكُمْ أَرْضَهُمْ وَدِيَـٰرَهُمْ وَأَمْوَٰلَهُمْ وَأَرْضًا لَّمْ تَطَـُٔوهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرًا
Transliteration wa-awrathakum arḍahum wadiyārahum wa-amwālahum wa-arḍan lam taṭaūhā wakāna l-lahu ʿalā kulli shayin qadīran
Dhivehi އަދި އެބައިމީހުންގެ ގޮވަތި ގެދޮރާއި ބިންތަކާއި އަދި އެމީހުންގެ ދެންހުރި މުދަލެއްވެސް ތިމަންރަސްކަލާނގެ ކަލޭމެންނަށް ވާރުތަ ކޮށްދެއްވީމެވެ. އަދި މިހާތަނަށް ކަލޭމެން ފައިނުއަޅާއެހެން ބިމެއްވެސް ކަލޭމެނަށް ވާރުތަކޮށްދެއްވީމެވެ. (އެއީ އޭރު އަދި ފަތަޙަ ނުވެއޮތް ޚައިބަރުގެ ބިންކަމުގައި ބައެއް މުފައްސިރުން ލިޔުއްވައެވެ. އެތަންވެސް ފަތަޙަވާނެ ވަޢުދު ފުޅެއްކަމުގައި މިއިޝާރަތްވެއެވެ.) والله أعلم. އަދި ﷲ ތަޢާލާ ވޮޑިގެންވަނީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ވެވޮޑިގެންވާކަލަކު ކަމުގައެވެ.
Verse 28
يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ إِن كُنتُنَّ تُرِدْنَ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا فَتَعَالَيْنَ أُمَتِّعْكُنَّ وَأُسَرِّحْكُنَّ سَرَاحًا جَمِيلًا
Transliteration yāayyuhā l-nabiyu qul li-azwājika in kuntunna turid'na l-ḥayata l-dun'yā wazīnatahā fataʿālayna umattiʿ'kunna wa-usarriḥ'kunna sarāḥan jamīlan
Dhivehi އޭ ނަބިއްޔާއެވެ! (رَسُوَلُ الله صَلَّي الله عَلَيه وَسَلَّم އެވެ!) ކަލޭގެފާނު ކަލޭގެފާނުންގެ އަނބިއަނބި ކަނބަލުން ވިދާޅުވާށެވެ! ތިޔަކަނބަލުން ދުނިޔޭގެ ޙަޔާތާއި އެތާނގެ ޒީނަތްތެރިކަން އެދިވަޑައިގަންނަވަންޏާ ފަހެ ތިޔަކަނބަލުން ވަޑައިގަންނަވާށެވެ! ތިޔަކަނބަލުންނަށް ޙައްޤުވެގެންވާ އެއްޗެއް ދެއްވައިފައި ރިވެތިގޮތުގައި އެއްވެސް އުނދަގުލެއްނެތި ތިޔަކަނބަލުން ވަރިކުރައްވާހުށީމެވެ.
Verse 29
وَإِن كُنتُنَّ تُرِدْنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلْـَٔاخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلْمُحْسِنَـٰتِ مِنكُنَّ أَجْرًا عَظِيمًا
Transliteration wa-in kuntunna turid'na l-laha warasūlahu wal-dāra l-ākhirata fa-inna l-laha aʿadda lil'muḥ'sināti minkunna ajran ʿaẓīman
Dhivehi އަދި ތިޔަކަނބަލުން ﷲ އާއި އެކަލާނގެ ރަސޫލާއާއި އަދި ޢާޚިރަތުގެ ގޮވަތި އެދިވަޑައިގަންނަވާކަމުގައި ވަންޏާ (އެކަމަށް އެދިވަޑައިގަންނަވާށެވެ. އިޙްސާންތެރިވެވަޑައިގެން ޞާލިޙު ޢަމަލުކުރައްވާށެވެ!) ހަމަކަށަވަރުން ތިޔަކަނބަލުންކުރެ އިޙްސާންތެރިވެވަޑައިގެންނެވި ބޭކަނބަލުންނަށް ބޮޑުވެގެންވާ ދަރުމަޔާއި ޘަވާބު ﷲ ތައްޔާރުކުރެއްވިއެވެ.
Verse 30
يَـٰنِسَآءَ ٱلنَّبِىِّ مَن يَأْتِ مِنكُنَّ بِفَـٰحِشَةٍ مُّبَيِّنَةٍ يُضَـٰعَفْ لَهَا ٱلْعَذَابُ ضِعْفَيْنِ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا
Transliteration yānisāa l-nabiyi man yati minkunna bifāḥishatin mubayyinatin yuḍāʿaf lahā l-ʿadhābu ḍiʿ'fayni wakāna dhālika ʿalā l-lahi yasīran
Dhivehi އޭ نبي އާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުންކުރެ ކަނބަލަކު ބަޔާންވެ ފައުޅުވެގެންވާ فاحش ކަމެއް ގެނެސްގެންފި ކަމުގައިވަންޏާ އެކަނބަލަކަށް عذاب އޭގެ ދެގުނައަށް ދެއްވޭނެއެވެ. އަދި އެކަމަކީ ﷲ تعلى އަށް ދާދި ފަސޭހަވެގެންވާ ކަމެއްކަމުގައިވިއެވެ. (ނަމަވެސް އެކަލޭގެފާނުންގެ އެންމެހައި އަނބިއަނބިކަނބަލުން އެންމެހައި ހަޑިހުތުރު ކަންކަމުން ﷲ ރައްކާތެރިކުރައްވައި ބަރީއަކުރައްވައި طاهر ކުރެއްވިއެވެ.)
Verse 31
۞ وَمَن يَقْنُتْ مِنكُنَّ لِلَّهِ وَرَسُولِهِۦ وَتَعْمَلْ صَـٰلِحًا نُّؤْتِهَآ أَجْرَهَا مَرَّتَيْنِ وَأَعْتَدْنَا لَهَا رِزْقًا كَرِيمًا
Transliteration waman yaqnut minkunna lillahi warasūlihi wataʿmal ṣāliḥan nu'tihā ajrahā marratayni wa-aʿtadnā lahā riz'qan karīman
Dhivehi އަދި ތިޔަކަނބަލުންކުރެ ﷲ އަށާއި އެކަލާނގެ رسول އާ އަށް ފުރިހަމައަށް ކިޔަމަންތެރިވެވަޑާއިގެން صالح عمل ކުރެއްވި ކޮންމެ ބޭކަނބަލަކަށް ތިމަންރަސްކަލާނގެ އެކަނބަލަކަށް އުޖޫރައާއި ދަރުމަ ދެގުނަ އަށް ދެއްވާހުށީމެވެ. އަދި އެކަނބަލަކަށް މާތްވެގެންވާ ރިޒުޤު ތިމަންރަސްކަލާނގެ ތައްޔާރު ކުރެއްވީމެވެ.
Verse 32
يَـٰنِسَآءَ ٱلنَّبِىِّ لَسْتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِ ۚ إِنِ ٱتَّقَيْتُنَّ فَلَا تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِى فِى قَلْبِهِۦ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا
Transliteration yānisāa l-nabiyi lastunna ka-aḥadin mina l-nisāi ini ittaqaytunna falā takhḍaʿna bil-qawli fayaṭmaʿa alladhī fī qalbihi maraḍun waqul'na qawlan maʿrūfan
Dhivehi އޭ نبي އާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުން އެހެނިހެން އާދައިގެ އަންހެނުން ފަދައިން ނުވެއެވެ. ފަހެ ތިޔަކަނބަލުން تقوى ވެރިވެވަޑައިގެންވަންޏާ އާދައިގެ ހިލޭ ފިރިހެނުންނާއި އެއްޗެއް ވިދާޅުވާން ޖެހިއްޖެ ޙާލަތެއްގައި ތިޔަކަނބަލުންގެ ބަސްފުޅު ވިދާޅުވުމުގައި ތޫލިވުން ލޫޅާފަތިވުން (އާތްވުން) ފަދަ ގޮތްތައް ނުބަހައްޓަވާށެވެ! އެފަދައިން ބަސްފުޅު ލޫޅާފަތި ވެއްޖެއްޔާ ހިތުގައި (شهوة ތެރިކަމާއި فاجر ކަމުގެ) ބައްޔެއްވާ މީހުން ދަހިވެތިވެދާނެއެވެ. އަދި ތިޔަކަނބަލުން (ޝައްކާއި ދުރުވެގެންވާ) ހެޔޮރަނގަޅު ބަސްފުޅު ވިދާޅުވާށެވެ.
Verse 33
وَقَرْنَ فِى بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ ٱلْجَـٰهِلِيَّةِ ٱلْأُولَىٰ ۖ وَأَقِمْنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعْنَ ٱللَّهَ وَرَسُولَهُۥٓ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُذْهِبَ عَنكُمُ ٱلرِّجْسَ أَهْلَ ٱلْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا
Transliteration waqarna fī buyūtikunna walā tabarrajna tabarruja l-jāhiliyati l-ūlā wa-aqim'na l-ṣalata waātīna l-zakata wa-aṭiʿ'na l-laha warasūlahu innamā yurīdu l-lahu liyudh'hiba ʿankumu l-rij'sa ahla l-bayti wayuṭahhirakum taṭhīran
Dhivehi އަދި ތިޔަކަނބަލުން ތިޔަކަނބަލުންގެ ގެކޮޅުތަކުގައި قرار ވެތިއްބަވާށެވެ! އަދި ކުރީގެ جاهلية ޒަމާނުގައި އަންހެނުން ދައްކައި އުޅުނުގޮތަށް ޒީނަތްތެރިކަމާއި ރީތިކަމާއި ނަލަކަން ނުދައްކަވާށެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރައްވައި ޒަކާތްދެއްވައި ﷲ އާއި އެކަލާނގެ رسول އަށް ކިޔަމަންތެރިވެވަޑައިގަންނަވާށެވެ! ﷲ އެދިވޮޑިގަންނަވާކަންކަށަވަރީ އޭ ނަބިއްޔާގެ أهل بيت ންނޭވެ! ތިޔަބައިމީހުންގެ ކިބައިން ފާފަޔާއި ދެންވެސް ނުބައިކަންތައްތައް ދުރުރުކުރެއްވުމަށެވެ. އަދި ތިޔަބައި މީހުން އެކީއެކައްޗަކަށް طاهر ކުރެއްވުމަށެވެ.
Verse 34
وَٱذْكُرْنَ مَا يُتْلَىٰ فِى بُيُوتِكُنَّ مِنْ ءَايَـٰتِ ٱللَّهِ وَٱلْحِكْمَةِ ۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا
Transliteration wa-udh'kur'na mā yut'lā fī buyūtikunna min āyāti l-lahi wal-ḥik'mati inna l-laha kāna laṭīfan khabīran
Dhivehi އަދި ތިޔަކަނބަލުން ތިޔަކަނބަލުންގެ ގެކޮޅުތަކުގައި ﷲ ބާވައިލެއްވި އާޔަތްތަކާއި އެބަހީ ކީރިތި ޤުރުއާނާއި އަދި ޙިކުމަތް (އެބަހީ ސުންނަތްވެސް) ކިޔަވާވިދާޅުވެ ހަދުމަފުޅުކުރައްވާށެވެ. ހަމަކަށަވަރުން ނުހަނު އޯގާވަންތައަދި ޚަބަރުތައް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.
Verse 35
إِنَّ ٱلْمُسْلِمِينَ وَٱلْمُسْلِمَـٰتِ وَٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ وَٱلْقَـٰنِتِينَ وَٱلْقَـٰنِتَـٰتِ وَٱلصَّـٰدِقِينَ وَٱلصَّـٰدِقَـٰتِ وَٱلصَّـٰبِرِينَ وَٱلصَّـٰبِرَٰتِ وَٱلْخَـٰشِعِينَ وَٱلْخَـٰشِعَـٰتِ وَٱلْمُتَصَدِّقِينَ وَٱلْمُتَصَدِّقَـٰتِ وَٱلصَّـٰٓئِمِينَ وَٱلصَّـٰٓئِمَـٰتِ وَٱلْحَـٰفِظِينَ فُرُوجَهُمْ وَٱلْحَـٰفِظَـٰتِ وَٱلذَّٰكِرِينَ ٱللَّهَ كَثِيرًا وَٱلذَّٰكِرَٰتِ أَعَدَّ ٱللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا
Transliteration inna l-mus'limīna wal-mus'limāti wal-mu'minīna wal-mu'mināti wal-qānitīna wal-qānitāti wal-ṣādiqīna wal-ṣādiqāti wal-ṣābirīna wal-ṣābirāti wal-khāshiʿīna wal-khāshiʿāti wal-mutaṣadiqīna wal-mutaṣadiqāti wal-ṣāimīna wal-ṣāimāti wal-ḥāfiẓīna furūjahum wal-ḥāfiẓāti wal-dhākirīna l-laha kathīran wal-dhākirāti aʿadda l-lahu lahum maghfiratan wa-ajran ʿaẓīman
Dhivehi ހަމަކަށަވަރުން مُسْلِم ފިރިހެނުންނާއި مُسْلِم އަންހެނުން، مُؤمن ފިރިހެނުންނާއި مُؤمن އަންހެނުން، އަދި ކިޔަމަންތެރި ފިރިހެނުންނާއި ކިޔަމަންތެރި އަންހެނުން، އަދި ތެދުވެރި ފިރިހެނުންނާއި ތެދުވެރި އަންހެނުން، އަދި ކެތްތެރި ފިރިހެނުންނާއި ކެތްތެރި އަންހެނުން، އަދި ބިރުވެތި تَوَاضُع ވެރިވާ ފިރިހެނުންނާއި ބިރުވެތި تَوَاضُع ވެރިވާ އަންހެނުން، އަދި صَدَقَاة ދީ زَكَاة ދޭ ފިރިހެނުންނާއި صَدَقَاة ދީ زَكَاة ދޭ އަންހެނުން، އަދި ރޯދަހިފާ ފިރިހެނުންނާއި ރޯދަހިފާ އަންހެނުން، އަދި ތިމާމެންގެ ލަދުގުނަވަންތަކަށް ރައްކާތެރިވާ ފިރިހެނުންނާއި ރައްކާތެރިވާ އަންހެނުން، އަދި ގިނަގިނައިން ﷲ ހަނދާންކޮށް ذكر ކުރާ ފިރިހެނުންނާއި އަދި ގިނަގިނައިން ﷲ ހަނދާންކޮށް ذكر ކުރާ އަންހެނުން، މި މީސްމީހުން ދަންނައެވެ. ހަމަކަށަވަރުން ﷲ އެމީހުންނަށް ފާފަފުއްސެވުމާއި އަދި ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކޮށްދެއްވިއެވެ.
Verse 36
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَـٰلًا مُّبِينًا
Transliteration wamā kāna limu'minin walā mu'minatin idhā qaḍā l-lahu warasūluhu amran an yakūna lahumu l-khiyaratu min amrihim waman yaʿṣi l-laha warasūlahu faqad ḍalla ḍalālan mubīnan
Dhivehi އަދި مُؤمن ފިރިހެނަކަށްވިޔަސް އަދި مُؤمن އަންހެނަކަށްވިޔަސް ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާއާ އެބައިމީހުންގެ ކަމާއިމެދު ގޮތެއް ނިޔާކުރައްވައި ހަމަޖައްސަވައިފިއްޔާ ދެން އެބައިމީހުން އެކަމުގައި ގޮތްކިޔުމަކީ އެއްގޮތަކަށްވެސް އެމީހުންނަށް އިޚްތިޔާރެއް އޮތްކަމެއްނޫނެވެ. ހުއްދަކަމެއްނޫނެވެ. (ގޮތް ކިޔުމަކީ އެއީ ﷲ ތަޢާލާ އާއި ރަސޫލާއަށް އުރެދުމެކެވެ.) އަދި ﷲ ތަޢާލާ އާއި ރަސޫލާއަށް އުރެދޭ މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހާ ބަޔާންވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެއެވެ.
Verse 37
وَإِذْ تَقُولُ لِلَّذِىٓ أَنْعَمَ ٱللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَٱتَّقِ ٱللَّهَ وَتُخْفِى فِى نَفْسِكَ مَا ٱللَّهُ مُبْدِيهِ وَتَخْشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخْشَىٰهُ ۖ فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَـٰكَهَا لِكَىْ لَا يَكُونَ عَلَى ٱلْمُؤْمِنِينَ حَرَجٌ فِىٓ أَزْوَٰجِ أَدْعِيَآئِهِمْ إِذَا قَضَوْا۟ مِنْهُنَّ وَطَرًا ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًا
Transliteration wa-idh taqūlu lilladhī anʿama l-lahu ʿalayhi wa-anʿamta ʿalayhi amsik ʿalayka zawjaka wa-ittaqi l-laha watukh'fī fī nafsika mā l-lahu mub'dīhi watakhshā l-nāsa wal-lahu aḥaqqu an takhshāhu falammā qaḍā zaydun min'hā waṭaran zawwajnākahā likay lā yakūna ʿalā l-mu'minīna ḥarajun fī azwāji adʿiyāihim idhā qaḍaw min'hunna waṭaran wakāna amru l-lahi mafʿūlan
Dhivehi (އޭ رسول الله އެވެ!) ﷲ އެމީހަކަށް نعمة ލެއްވި އަދި ކަލޭގެފާނުވެސް އެމީހަކަށް نعمة ލެއްވި މީހާއަށް "ކަލޭ ކަލޭގެ އަންހެނުން (ވަރިނުކޮށް) ހިފަހައްޓާށޭ" މިހެން ވިދާޅުވި ހިނދު ހަނދުމަފުޅުކުރައްވާށެވެ! (މިމީހަކީ زيد بن حارثة އެވެ. އެއީ إسلام دين އައުމުގެ ކުރިން رسول لله ﷺ ގެންގުޅުއްވާ އަޅެކެވެ. ފަހުން އެކަލޭގެފާނުންގެ ދަރިއަކަށް ހައްދަވައިގެން ގެންގުޅުވީއެވެ. ކުރީ އޮތް قواعد ން ވިއްޔާ އެގޮތަށް ދަރިއަކަށް ހެއްދެވީމާ އުފަންދަރިއެކޭ އެއްގޮތަށް ވާރުތަވެސްވާނެއެވެ. ދެން މިއާޔަތުގައި ﷲ އެމީހަކަށް نعمة ލެއްވިމީހާ އޮތީ އިސްލާމްދީންގެ هداية ﷲ އޭނާއަށް ދެއްވިވާހަކައެވެ. އަދި رسول الله ﷺ نعمة ލެއްވިކަމަށް އޮތް ބަސްފުޅުގެ މުރާދަކީ އެކަލޭގެފާނު އެ زيد މިނިވަން ކުރެއްވި ވާހަކައެވެ. ދެން މިއާޔަތުން ﷲ އެދިވޮޑިގެންފައިވަނީ އެގޮތަށް އެހެން މީހެއްގެ ދަރިއެއް ތިމާގެ ދަރިއެއްކަމުގައި ހަދައި ތިމާގެނަމަށް ނިސްބަތްކުރުމުގެ މައްސަލަ باطل ކުރެއްވުމެވެ. އެހެންވެ زيد ގެފާނު ކައިވެނި ބައްލަވައި ގެންނެވި زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީއެވެ. އިސްލާލު ދީނުގައި ތިމާގެ އުފަންދަރިއަކު ކައިވެނިކުރި އަންހެނަކާ ބައްޕަ އިނުން ހުއްދައެއްނުވާނެއެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީމާ އެގޮތަށް ކުރާ ދަރިވަންތަކަން ކެންސަލްވީއެވެ. އަދި އެޔާބެހޭ ވާހަކަ އާޔަތުގެ ފަހުބައިގައިވެސް އެބައާދެއެވެ. والله أعلم) زيد ގެފާނު އެކަމަނާ ވަރިކުރެއްވުމުގެ ކުރިން ﷲ ވަނީ رسول الله ﷺ އަށް އެކަން އަންގަވައިދެއްވަފައެވެ. زيد އެކަމަނާ ވަރިކުރެއްވީމާ އެކަމަނާ ކަލޭގެފާނާ ދެވާނެކަން އަންގަވައިދެއްވިއެވެ. އެހެންވެ زيد ގެފާނު އެކަމަނާ ވަރިކުރައްވާނެ ވާހަކަ رسول الله ﷺ އަށް ދެންނެވީމާ زيد ގެފާނާ ދިމާއަށް އެކަމަނާ ވަރިނުކުރައްވައި ހިފަހައްޓަވާށޭ ވިދާޅުވިއެވެ. زيد ގެފާނު ވަރިކުރެއްވީމާ އެކަމަނާއާއި رسول الله ﷺ އާއި ކާވެނި ވާނެކަން އޮތީ وحي ذريعة އިން އެނގިވަޑައިގެންފައެވެ. އެހެންވެ محمد ގެފާނު އެކަލޭގެފާނުންގެ ދަރިއަކު އިދެވަރިކުރި މީހަކާއި އިދެފިއޭ ކިޔައި މީހުން ވާހަކަ ދައްކާނެތީ زيد ގެފާނަށް ވަރިނުކުރައްވާން އެންގެވިކަމުގައިވެއެވެ. އެހުރިހާ ކަމެއް ﷲ ފައުޅުކުރައްވައި وحي ކުރައްވަނީއެވެ. ކަލޭގެފާނުންގެ ހިތްޕުޅުގައި ފޮރުވާފައިވާކަންތައް ﷲ ފައުޅުކުރައްވާނެއެވެ. އަދި ކަލޭގެފާނު މީސްތަކުންނަށް ބިރުފުޅުގެން ވަޑައިގަންނަވަނީއެވެ. ނަމަވެސް ﷲ އަށް ބިރުވެތިވުން މާ حق ކަން ބޮޑެވެ. ދެންފަހެ زيد ގެފާނުން އެކަމަނާގެ ފަރާތްޕުޅުން ބޭނުންފުޅު ނިމުމުން ތިމަންރަސްކަލާނގެ އެކަމަނާއާއި ކަލޭގެފާނާއި ކައިވެނިކޮށްދެއްވީމެވެ. (އެއީ ކައިވެނި ރަނެއް ولى ވެރި ހެކިންނެއް ނެތި ހަމައެކަނި ﷲ ކޮށްދެއްވި ކައިވެންޏެކެވެ.) އެކަންއެގޮތަށް ތިމަންރަސްކަލާނގެ ހެއްދެވީ مؤمن ން އެބައިމީހުން އެގޮތަށް ތިބި ދަރިންގެ އަނބީންގެ ފަރާތުން އެދަރިން ބޭނުންފުއްދައި ނިމުމަށްފަހު ވަރިކުރީމާ އެއަންހެނުނާ އެފިރިހެންކުދިންގެ ބަފައެއްކަމުގައި ބަލައިގެންއުޅުނު ފިރިހެން މީހާ އިނުމާމެދު އެއްވެސް ކުށެއް އަދި ދަތިކަމެއް ނުބޭއްވުމަށްޓަކައެވެ. ފަހެ އެއީ حلال ހުއްދަކަމެކެވެ. އަދި ﷲ ގެ އެބާވަތުގެ امر ފުޅުތަކަކީ تنفيذ ވެވޭނެކަމެކެވެ.
Verse 38
مَّا كَانَ عَلَى ٱلنَّبِىِّ مِنْ حَرَجٍ فِيمَا فَرَضَ ٱللَّهُ لَهُۥ ۖ سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْا۟ مِن قَبْلُ ۚ وَكَانَ أَمْرُ ٱللَّهِ قَدَرًا مَّقْدُورًا
Transliteration mā kāna ʿalā l-nabiyi min ḥarajin fīmā faraḍa l-lahu lahu sunnata l-lahi fī alladhīna khalaw min qablu wakāna amru l-lahi qadaran maqdūran
Dhivehi އަދި نبي އާ އަށްޓަކައި ﷲ އެކަމެއް فرض ކުރައްވައި ނިޔާކުރެއްވިކަމެއް ކުރުމަކީ نبي الله ﷺ ގެ މައްޗަށް ކުށެއް އަދި مسألة އެއް އޮތްކަމެއްނޫނެވެ. އެބާވަތުގެ ކަންކަމަކީ نبي ބޭކަލުންނާއިމެދު ﷲ ކަންތައް ގެންދަވާ قواعد އެވެ. އެއީ އެކަލާނގެ سنة އެވެ. އަދި ﷲ ގެ أمر ފުޅުތަކަކީ لوح المحفوظ ގައި މިންވަރު ކުރެވި ލިޔެވި ނިމިގެންވާ ކަންތައްކަމުގައިވިއެވެ.
Verse 39
ٱلَّذِينَ يُبَلِّغُونَ رِسَـٰلَـٰتِ ٱللَّهِ وَيَخْشَوْنَهُۥ وَلَا يَخْشَوْنَ أَحَدًا إِلَّا ٱللَّهَ ۗ وَكَفَىٰ بِٱللَّهِ حَسِيبًا
Transliteration alladhīna yuballighūna risālāti l-lahi wayakhshawnahu walā yakhshawna aḥadan illā l-laha wakafā bil-lahi ḥasīban
Dhivehi ﷲ رسول ކަމާއިގެން ފޮނުއްވި މާތް رسول ބޭކަލުން ބިރުފުޅުގެންވަޑައިގަންނަވަނީ ހަމައެކަނި ﷲ އަށެވެ. އެކަލާނގެ ފިޔަވައި ހަމައެކަކަށްވެސް އެބޭކަލުން ބިރުފުޅުގެން ވަޑައިނުގަންނަވައެވެ. (އޭ رسول ﷲ އެވެ. ކަލޭގެފާނީވެސް އެފަދަ ބޭކަލެކެވެ. މީސްތަކުން ކިޔައިފާނޭ އެއްޗަކަށް ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމައެކަނި ﷲ އަށް ބިރުފުޅުގެ ވަޑައިގަންނަވާށެވެ.) އަދި ކަންތައްތައް ބަލަހައްޓަވާ ހިސާބުކުރައްވާ ފަރާތެއްކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. * ދަންނައެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ ކައިވެނި ކުރެއްވީމާ ބައެއް މީހުން ކިޔަންފެށީ محمد ގެ ފާނު އެކަލޭގެފާނުންގެ ދަރިއަކު އިން މީހަކާއި އިނދެފިއެވެ. މިކަމާގުޅިގެން މީގެ ފަހުގެ آية ބާވައިލެއްވިއެވެ. އެއާޔަތުގެ މާނައީ:
Verse 40
مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا
Transliteration mā kāna muḥammadun abā aḥadin min rijālikum walākin rasūla l-lahi wakhātama l-nabiyīna wakāna l-lahu bikulli shayin ʿalīman
Dhivehi محمد ގެފާނީ ކަލޭމެން ބޮޑެތި ފިރިހެނުންކުރެ އެކެއްގެ ބައްޕަކަމުގައިވެސް ނުވެއެވެ. އަދި އެހެނެއްކަމަކު އެއީ ﷲ ގެ رسول އާއެވެ. އަދި نبي ކަން حتم ކުރެއްވިމާތް ކަލޭގެފާނެވެ. އަދި ހުރިހާއެޗެއް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.
Verse 41
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ ٱللَّهَ ذِكْرًا كَثِيرًا
Transliteration yāayyuhā alladhīna āmanū udh'kurū l-laha dhik'ran kathīran
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް ގިނަގިނައިން ذِكْر ކުރާށެވެ! ގިނަގިނައިން ކަލޭމެން ﷲ މަތިން ހަނދާންކުރާށެވެ!
Verse 42
وَسَبِّحُوهُ بُكْرَةً وَأَصِيلًا
Transliteration wasabbiḥūhu buk'ratan wa-aṣīlan
Dhivehi އަދި ހެނދުނާއި ހަވީރު އެކަލާނގެ ޙަޟްރަތަށް تَسْبِح ކިޔާށެވެ. އެކަލާނގެ ހުސްޠާހިރުވަންތަކުރާށެވެ!
Verse 43
هُوَ ٱلَّذِى يُصَلِّى عَلَيْكُمْ وَمَلَـٰٓئِكَتُهُۥ لِيُخْرِجَكُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۚ وَكَانَ بِٱلْمُؤْمِنِينَ رَحِيمًا
Transliteration huwa alladhī yuṣallī ʿalaykum wamalāikatuhu liyukh'rijakum mina l-ẓulumāti ilā l-nūri wakāna bil-mu'minīna raḥīman
Dhivehi އަދި ކަލޭމެންގެ މައްޗަށް ރަޙުމަތްލައްވާނީ ހަމަ އެކަލާނގެއެވެ. އަދި އެކަލާނގެ މަލާއިކަތްބޭކަލުން ކަލޭމެންގެ ފާފަފުއްސެވުމަށާއި ރަޙުމަތްލެއްވުމަށް ދުޢާ ކުރައްވައެވެ. އެއީ އުރެދުމާއި ޖާހިލުކަމުގެ އަނދިރީން ކަލޭމެންނެރެ ކިޔަމަންތެރިކަމާއި ތެދުމަގުގެ އަލިކަމުގެ ތެރެއަށް ކަލޭމެންވެއްދުމަށްޓަކައެވެ. އަދި މުއުމިނުންނާއި މެދު ﷲ ވޮޑިގެންވަނީ ރަޙުމަތްލައްވާ އޯގާވަންތަ ކަލަކުކަމުގައެވެ.
Verse 44
تَحِيَّتُهُمْ يَوْمَ يَلْقَوْنَهُۥ سَلَـٰمٌ ۚ وَأَعَدَّ لَهُمْ أَجْرًا كَرِيمًا
Transliteration taḥiyyatuhum yawma yalqawnahu salāmun wa-aʿadda lahum ajran karīman
Dhivehi އަދި އެމީހުން - އެބަހީ مُؤمِنން އެކަލާނގެއާއި ބައްދަލުވާ ދުވަހުގެ تَحِيَّة އަކީ سلام އެވެ. (ﷲ تَعَا لى އެންމެހައި مُؤمِنންނަށް سلام وَحِي ކުރައްވައި އެންމެހައި ބިރުތަކުން ސަލާމަތް ވެގެންވާކަމުގެ خَبَرُ ދެއްވާނެކަމުގައިވެއެވެ. والله أعلم.) އަދި އެކަލާނގެ އެމީހުންޓަކައި މާތްވެގެންވާ ދަރުމައެއް ތައްޔާރުކުރެއްވިއެވެ. (އެއީ ސުވަރުގެއާއި އެތާނގެ نعمة ތަކެވެ.
Verse 45
يَـٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَرْسَلْنَـٰكَ شَـٰهِدًا وَمُبَشِّرًا وَنَذِيرًا
Transliteration yāayyuhā l-nabiyu innā arsalnāka shāhidan wamubashiran wanadhīran
Dhivehi އޭ نبيއާއެވެ! (ﷺ) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމައިގެން މިފޮނުއްވީ ހެކިވެވަޑައި ގަންނަވާ ބޭކަލަކުކަމުގައްޔާއި އަދި އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. (އެކަލޭގެފާނު ހެކި ދެއްވާނީ އެކަލޭގެފާނުންގެ أمة ގެ ތެރެއިން އެކަލޭގެފާނު ތެދުކޮށް އެކަލޭގެފާނަށް إيمان ވި ކޮންމެ މީހަކަށެވެ. އަދި އެކަލޭގެފާނު ދޮގުކޮށް އެކަލޭގެފާނަށް ކާފަރުވި ކޮންމެ މީހެއްގެ މައްޗަށެވެ. އެބަހީ އެމީހަކާއި އިދިކޮޅަށެވެ.)
Verse 46
وَدَاعِيًا إِلَى ٱللَّهِ بِإِذْنِهِۦ وَسِرَاجًا مُّنِيرًا
Transliteration wadāʿiyan ilā l-lahi bi-idh'nihi wasirājan munīran
Dhivehi އަދި ކަލޭގެފާނު ފޮނުއްވިގެންވަނީ ﷲ ގެ އަޅުތަކުންނަށް توحيد ގެ މަގަށާއި إيمان ކަމާއި ދެންވެސް دين އަށް ގޮވާލައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި އަލިކުރާ ބައްތިއެއްކަމުގައެވެ. (އެއީ މަގުފުރެދުމާ جاهل ކަމުގެ އަނދިރިކަމަށް އަލިކޮށްދޭ هَادِىއެއްގެ ގޮތުގައެވެ.)
Verse 47
وَبَشِّرِ ٱلْمُؤْمِنِينَ بِأَنَّ لَهُم مِّنَ ٱللَّهِ فَضْلًا كَبِيرًا
Transliteration wabashiri l-mu'minīna bi-anna lahum mina l-lahi faḍlan kabīran
Dhivehi އަދި مؤمن ތަކުންނަށް ﷲ ގެ حضرة ގައި ބޮޑުވެގެންވާ މާތްކަމެއްވާ ކަމުގައި ކަލޭގެފާނު އެމީހުންނަށް خبر ދެއްވާށެވެ.
Verse 48
وَلَا تُطِعِ ٱلْكَـٰفِرِينَ وَٱلْمُنَـٰفِقِينَ وَدَعْ أَذَىٰهُمْ وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا
Transliteration walā tuṭiʿi l-kāfirīna wal-munāfiqīna wadaʿ adhāhum watawakkal ʿalā l-lahi wakafā bil-lahi wakīlan
Dhivehi (އޭ رسول الله އެވެ!) އަދި ކާފަރުތަކުންނާއި منافق ންނަށް ކަލޭގެފާނު ކިޔަމަންތެރިވެ ވަޑައިނުގަންނަވާށެވެ. އަދި އެމީހުންގެ ފަރާތުން އަންނަ އުނދަގޫތަކަށް އަޅައިނުލާށެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާށެވެ. އަދި الله އަށް وكيل ކުރައްވާށެވެ! އެކަލާނގެއަށް އިތުބާރުކުރައްވާށެވެ! އަދި وكيل ކުރެވޭ ފަރާތެއްކަމުގައި الله ފުދި ވޮޑިގެންވެއެވެ.
Verse 49
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَكَحْتُمُ ٱلْمُؤْمِنَـٰتِ ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا ۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحًا جَمِيلًا
Transliteration yāayyuhā alladhīna āmanū idhā nakaḥtumu l-mu'mināti thumma ṭallaqtumūhunna min qabli an tamassūhunna famā lakum ʿalayhinna min ʿiddatin taʿtaddūnahā famattiʿūhunna wasarriḥūhunna sarāḥan jamīlan
Dhivehi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން مؤمن އަންހެނުންނާ އިނދެފައި އެބަހީ - ކައިވެނި عقد ކޮށްފައި - އެކަނބަލުންނާއި جماع ވުމުގެ ކުރިން ވަރިކޮށްފިއްޔާ ކަލޭމެންނަށްޓަކައި ހަމަކުރާނެ عدة އެއް އެކަނބަލުންގެ މައްޗަކަށް ވާޖިބުވެގެންނުވެއެވެ. عدة ހަމަކުރުމެއްނެތެވެ. ދެން ކައިވެނި عقد ކުރިކަމަށްޓަކައި މުދަލުގެ ތެރެއިން ކޮންމެވެސް މިންވަރެއް އެކަނބަލުން ބޭނުން ކޮށްލަން ދޭށެވެ. (ބައެއް ބޭކަލުން ވިދާޅިވަނީ ކައިވެނި ރަން ކަނޑައެޅިފައި އޮތްނަމަ އޭގެ ދެބައިކުޅަ އެއްބައި ދިނުމަށެވެ. ރަން ކަނޑައެޅިފައި ނެތްނަމަ ކޮންމެވެސް މިންވަރެއްގެ މުދަލެއް ދިނުމެވެ. އަދި އެއީ ފިރިހެންމީހާގެ ފޯރުންތެރިކަން ހުރިވަރަކުން ދެވޭދިނުމެކެވެ. އެއީ واجب އެއްކަމުގައި ބައެއް مفسرން ވިދާޅުވެއެވެ. والله أعلم ދެން އެކަނބަލުން އެކަނބަލުންގެ އަހުލުވެރިން ގާތަށް ދިއުމަށް ރިވެތި ގޮތުގައި އުނދަގުލަކާ ނުލައި އިޒުނަދޭށެވެ.
Verse 50
يَـٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَحْلَلْنَا لَكَ أَزْوَٰجَكَ ٱلَّـٰتِىٓ ءَاتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّـٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَـٰلَـٰتِكَ ٱلَّـٰتِى هَاجَرْنَ مَعَكَ وَٱمْرَأَةً مُّؤْمِنَةً إِن وَهَبَتْ نَفْسَهَا لِلنَّبِىِّ إِنْ أَرَادَ ٱلنَّبِىُّ أَن يَسْتَنكِحَهَا خَالِصَةً لَّكَ مِن دُونِ ٱلْمُؤْمِنِينَ ۗ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِىٓ أَزْوَٰجِهِمْ وَمَا مَلَكَتْ أَيْمَـٰنُهُمْ لِكَيْلَا يَكُونَ عَلَيْكَ حَرَجٌ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
Transliteration yāayyuhā l-nabiyu innā aḥlalnā laka azwājaka allātī ātayta ujūrahunna wamā malakat yamīnuka mimmā afāa l-lahu ʿalayka wabanāti ʿammika wabanāti ʿammātika wabanāti khālika wabanāti khālātika allātī hājarna maʿaka wa-im'ra-atan mu'minatan in wahabat nafsahā lilnnabiyyi in arāda l-nabiyu an yastankiḥahā khāliṣatan laka min dūni l-mu'minīna qad ʿalim'nā mā faraḍnā ʿalayhim fī azwājihim wamā malakat aymānuhum likaylā yakūna ʿalayka ḥarajun wakāna l-lahu ghafūran raḥīman
Dhivehi އޭ نبي އާއެވެ! (ﷺ) (1) ކަލޭގެފާނު އެކަނބަލުންނަށް ކައިވެނި ރަން ދެއްވައިގެން ކައިވެނި ކުރައްވާފައިވާ އަނބިއަނބިކަނބަލުން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް حلال ކޮށްދެއްވައިފީމެވެ. (2) އަދި ކަލޭގެފާނުންގެ ކަނާތް ملك ކުރައްވާފައިވާ އަންހެނުންވެސް حلال ކުރައްވައިފިމެވެ. (އެއީ غنيمة ގެ ގޮތުން ކާފަރުންގެ އަތުން ކަލޭގެފާނަށް الله ރައްދުކޮށްދެއްވާފައިވާ އަންހެނުންނެވެ. އަޅުންނެވެ. (3) އަދިކަލޭގެފާނުންގެ ބަފައިފުށުގެ ބޮޑުބޭބެގެ އަންހެންދަރިންނާއި ބަފައިފުށުގެ ބޮޑުދައިތައިންގެ އަންހެންދަރިންނާއި އަދި މައިފުށުގެ ބޮޑުބޭބެއިންގެ އަންހެންދަރިންނާއި އަދި މައިފުށުގެ ބޮޑުދައިތައިންގެ އަންހެންދަރިންނާއި (މި އަންހެނުންގެ ތެރެއިން) ހިޖްރައަށް ދިޔަ ކޮންމެ އަންހެނަކާ ކަލޭގެފާނު އެ ދިވަޑައިގެންފިއްޔާ ކައިވެނި ކުރެއްވުން ހުއްދައެވެ. ނަމަވެސް ހިޖްރައަށް ނުދާ އަންހެނެއް ހުއްދައެއް ނުވާނެއެވެ. (4) އަދި މުއުމިނު އަންހެނަކު އޭނާގެ ނަފްސު (ނަބިއްޔާ އެދިވަޑައިގަންނަވަންޏާ) ނަބީޔާއަށް ހިބަކޮށްދެއްވި ކޮންމެ އަންހެނެއް ޙަލާލު ވެގެންވެއެވެ. (ނަފުސު ހިބަކޮށްދެއްވުމަކީ އެއްވެސް ކައިވެނި ރަނެއް ނެތި އެމީހެއްގެ ނަފްސު ނަބިއްޔާއަށް ހިބަކޮށްދެއްވުމެވެ.) އެފަދަ އަންހެނުންނާއިވެސް ކަލޭގެފާނު އެދިވަޑައިގެންފިއްޔާ ކައިވެނި ޙަލާލުވެގެންވެއެވެ. އެކަމަކު މިއީ ހަމައެކަނި ކަލޭގެފާނަށް ޚާއްސަ ވެގެންވާ ކަމެކެވެ. މުއުމިނު އެހެންމީހުންނަކަށް ނުވާނެއެވެ. (މުއުމިނު އެހެންމީހުންނަށް ކައިވެނި ކުރާއިރު އަންހެނާގެ ރަން ކަނޑައެޅިފައި އޮންނަންވާނެއެވެ.) އަދި ހަމަކަށަވަރުން މުއުމިނުންގެ މައްޗަށް އެބައިމީހުންގެ އަނބީންނާއިމެދު ކަނޑައެޅި ފަރުޟުވެގެންވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގަންނަވަނެވެ. (ދެ ހެކީންނާއި ވަލީވެރިއަކާ ކައިވެނީގެ ރަނާއިއޮވެގެންމެނުވީ އެމީހުންކާވެނި ކުރުމެއްނެތެވެ.) އަދި އެމީހުންގެ އަޅުންނާއިމެދު ފަރުޟު ވެގެންވާކަންތައްތައްވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.\nމިކަންތައްތައް މިގޮތުގެމަތީން ހަމަޖެއްސެވީ ކަލޭގެފާނުންގެ މައްޗަށް އެއްވެސް ދަތިކަމެއް ނުއޮތުމަށްޓަކައެވެ. އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތްލެއްވުން ބޮޑުކަލަކުކަމުގައެވެ.
Verse 51
۞ تُرْجِى مَن تَشَآءُ مِنْهُنَّ وَتُـْٔوِىٓ إِلَيْكَ مَن تَشَآءُ ۖ وَمَنِ ٱبْتَغَيْتَ مِمَّنْ عَزَلْتَ فَلَا جُنَاحَ عَلَيْكَ ۚ ذَٰلِكَ أَدْنَىٰٓ أَن تَقَرَّ أَعْيُنُهُنَّ وَلَا يَحْزَنَّ وَيَرْضَيْنَ بِمَآ ءَاتَيْتَهُنَّ كُلُّهُنَّ ۚ وَٱللَّهُ يَعْلَمُ مَا فِى قُلُوبِكُمْ ۚ وَكَانَ ٱللَّهُ عَلِيمًا حَلِيمًا
Transliteration tur'jī man tashāu min'hunna watu'wī ilayka man tashāu wamani ib'taghayta mimman ʿazalta falā junāḥa ʿalayka dhālika adnā an taqarra aʿyunuhunna walā yaḥzanna wayarḍayna bimā ātaytahunna kulluhunna wal-lahu yaʿlamu mā fī qulūbikum wakāna l-lahu ʿalīman ḥalīman
Dhivehi ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންގެ ތެރެއިން ކަލޭގެފާނު އެދިވަޑައަގަންނަވާ ބޭކަނބަލަކު ފަސް ކުރެއްވުމާއި އަދި އެދިވަޑައި ގަންނަވާ ބޭކަނބަލުން އަރިހަށް ގެންނެވުން ކަލޭގެފަނަށް إختيار ލިބިވަޑައި ގެންވެއެވެ. އަދި ރޭތަށް ބެއްސެވުމުގައި ކަލޭގެފާނު އެކަނބަލުން ވަކިކުރަށްވާ ދުރުކުރަށްވާފައި ކަނބަލުންގެ ތެރެއިން ކަނބަލުން އަލުންބެއްސެވުމުގެ ތެރެއަށް ލެށްވުންވެސް ކަލޭގެފާނުގެ މަށްޗަށް ކުށެއްނެތެވެ. އެގޮތްތަށް ކަލޭގެފާނު إختيار ކުރެއްވުން އެކަނބަލުންގެ ރުހިވަޑައިގަތުންމާ ގާތްވެގެންވެއެވެ. އެހެނީ إختيار އަކީ ތިމަންރަސްކަލާނގެ ދެއްވި إختيار އެއްކަން އެކަނބަލުންނަށް އެގިވަޑައިގަތީމާ އެކަނބަލުން އެކަމަކާ ހިތްޕުޅުތަށް ހަމަޖެހުން ގާތްވެގެންވެއެވެ. އަދި ކަލޭގެފާނު އެއްބޭކަނބަލަކަށްވުރެ ބޮޑަށް އަނެއްބޭކަނބަލަކު އިސްކުރެއްވުމަކުން އެކަނބަލުންގެ މެދުގައި ހިތާމަފުޅު ނުހުންނާނެއެވެ. އަދި އެއިން ކޮންމެ ބޭކަނބަލަކަށް ލިބިވަޑައިގެންނެވި ނަސީބަކަށް ރުހިވަޑައިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އަންހެނުންގެ ކަންތަކާމެދު ހިނގާ ހިޔާލުތައް ﷲ ދެނެވޮޑިގެންވެއެވެ. އަދި ﷲ ވޮޑިގެންވަނީ ހުރިހާއެއްޗެއް ދެނެވޮޑިގެންވާ އަދި عُقُوْبَة ދެއްވުން ލަސްވެގެންވާ ކަލަކުކަމުގައެވެ.
Verse 52
لَّا يَحِلُّ لَكَ ٱلنِّسَآءُ مِنۢ بَعْدُ وَلَآ أَن تَبَدَّلَ بِهِنَّ مِنْ أَزْوَٰجٍ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ رَّقِيبًا
Transliteration lā yaḥillu laka l-nisāu min baʿdu walā an tabaddala bihinna min azwājin walaw aʿjabaka ḥus'nuhunna illā mā malakat yamīnuka wakāna l-lahu ʿalā kulli shayin raqīban
Dhivehi (އޭ نبي الله ﷺ އެވެ!) މިއާޔަތް ބާވައިލެއްވުމަށްފަހު ދެން ކަލޭގެފާނު އިތުރު ކައިވެނި ކުރައްވައި މިހާރު ތިއްބެވި ވަރަށްވުރެ ގިނަ އަނބިން حلال ވެގެންނުވެއެވެ. އަދި ތިއްބެވި އަނބިން ބަދަލު ކުރެއްވުމެއްވެސް حلال ވެގެން ނުވެއެވެ. (އެބަހީ ތިއްބެވި ތަނުން އަނތްބަކު ވަރިކުރައްވާފައި އެހެން އަންހެނަކާ އިދެ ކުރީއޮތް عدد ހަމަކުރުމެއްވެސް ނެތެވެ.) ކައިވެނި ބައްލަވައިގަތުމަށް خيال ކުރައްވާ އަންހެނެއްގެ ރީތިކަމާއިމެދު عجائب ވެވަޑައިގެންނެވިނަމަވެސް އެކަން ދެން ހުއްދައެއްނޫނެވެ. އެހެންނަމަވެސް އަޅު އަންހެނުން އުނިއިތުރު ކުރެއްވުން ހުއްދައެވެ. އަދި ﷲ ވޮޑިގެންވަނީ ކޮންމެ ކަމެއްގެ މައްޗަށް ރައްކާތެރިވެވޮޑިގެން ރަނގަޅަށް ބައްލަވާ ކަލަކުކަމުގައެވެ.
Verse 53
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتَ ٱلنَّبِىِّ إِلَّآ أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَـٰظِرِينَ إِنَىٰهُ وَلَـٰكِنْ إِذَا دُعِيتُمْ فَٱدْخُلُوا۟ فَإِذَا طَعِمْتُمْ فَٱنتَشِرُوا۟ وَلَا مُسْتَـْٔنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِى ٱلنَّبِىَّ فَيَسْتَحْىِۦ مِنكُمْ ۖ وَٱللَّهُ لَا يَسْتَحْىِۦ مِنَ ٱلْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَـٰعًا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَن تُؤْذُوا۟ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓا۟ أَزْوَٰجَهُۥ مِنۢ بَعْدِهِۦٓ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِندَ ٱللَّهِ عَظِيمًا
Transliteration yāayyuhā alladhīna āmanū lā tadkhulū buyūta l-nabiyi illā an yu'dhana lakum ilā ṭaʿāmin ghayra nāẓirīna ināhu walākin idhā duʿītum fa-ud'khulū fa-idhā ṭaʿim'tum fa-intashirū walā mus'tanisīna liḥadīthin inna dhālikum kāna yu'dhī l-nabiya fayastaḥyī minkum wal-lahu lā yastaḥyī mina l-ḥaqi wa-idhā sa-altumūhunna matāʿan fasalūhunna min warāi ḥijābin dhālikum aṭharu liqulūbikum waqulūbihinna wamā kāna lakum an tu'dhū rasūla l-lahi walā an tankiḥū azwājahu min baʿdihi abadan inna dhālikum kāna ʿinda l-lahi ʿaẓīman
Dhivehi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެއުމުގެ دعوة އަކަށް إذن ލިބިގެން މެނުވީ ކަލޭމެން نبي އާގެ ގެކޮޅުތަކަށް ނުވަންނާށެވެ. އަދި އެއެއްޗެއް ކެއުމުގެ ކުރިން ގޮސް ކެކެންދެން إنتظار ކުރުމަށް އެތަންތާ ނުތިބޭށެވެ! އަދި އެހެންނަމަވެސް އެފަދަ ޖާފަތަކަށް ކަލޭމެނަށް ގޮވައިލެވިއްޖެއްޔާ ދެން އެގެކޮޅުތަކަށް ވަންނާށެވެ! ދެން ކައި ނިމުނީމާ އަވަހަށް ނުކުމެ އެމީހަކު ބޭނުންތާކަށް ދިއުމަށް އަވަސްވެގަންނާށެވެ. ކައިނިމިގެން އަނގަތަޅަން (ކައިގެން ސަޅިކަނޑަން) އެތާ ނުތިބޭށެވެ. ހަމަކަށަވަރުން އެކަންތަކުން نبي އާއަށް ދަތިފުޅުވެއެވެ. ފަހެ އެކަލޭގެފާނު ލަދުފުޅުގެންވަޑައިގަންނަވާތީ ކަލޭމެންނާ ދިމާއަށް އެވާހަކަ ވިދާޅުނުވަނީއެވެ. އެހެންނަމަވެސް حق ކަމާއިމެދު ﷲ ލަދުވެތިވޮޑިގެންނުވެއެވެ.\nއަދި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންކުރެ ބޭކަނބަލެއްގެ ފަރާތުން އެއްޗެއް ހޯއްދެވުމަށް އެދިގެން އެއްޗެއް ދަންނަވަން ވިޔަސް ފަރުދާގެ އަނެއްފަރާތުން ކަލޭމެން އެކަނބަލުންނާ ވާހަކަދައްކާށެވެ! އެގޮތް ކަލޭމެންގެ ހިތްތަކަށާއި އެކަނބަލުންގެ ހިތްތަކަށް طاهر ކަންބޮޑެވެ. އެއްވެސް ގޮތަކުން ﷲ ގެ رسول އާއަށް އުނދަގޫކުރުމަކީ ކަލޭމެންގެ މައްޗަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި އެކަލޭގެފާނަށްފަހު އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނާއި ކައިވެނި ކުރުންވެސް ކަލޭމެނަށް ހުއްދަވެގެންނުވެއެވެ. އެއީ ދުވަހަކުވެސް حلال ކަމެއްނޫނެވެ. އެކަންކަމަކީ ﷲ حضرة ގައި ބޮޑެތިވެގެންވާ ކަންކަމެވެ.
Verse 54
إِن تُبْدُوا۟ شَيْـًٔا أَوْ تُخْفُوهُ فَإِنَّ ٱللَّهَ كَانَ بِكُلِّ شَىْءٍ عَلِيمًا
Transliteration in tub'dū shayan aw tukh'fūhu fa-inna l-laha kāna bikulli shayin ʿalīman
Dhivehi އަދި ކަލޭމެންގެ ހިތުގެ ތެރޭގައި ކަމެއް ވަންހަނާކުރިޔަސް އަދި ނުވަތަ އެކަމެއް ފައުޅުކުރިޔަސް ﷲ އެހުރިހާ ކަމެއް ދެނެވޮޑިގެންވާ ކަމުގައިވިއެވެ. (މި އާޔަތް ބާވައިލެއްވުނު ސަބަބެއްކަމުގައިވަނީ أصحاب ބޭކަލުންކުރެ ބައެއްބޭކަލުން ވިދާޅުވި ބަސްފުޅަކާއި ގުޅިގެންކަމުގައިވެއެވެ. އެއީ رسول الله ﷺ އަވަހާރަވުމުން އެކަލޭގެފާނުންގެ ބައެއް އަނބިއަނބިކަނބަލުންނާއި ބައެއް أصحاب ބޭކަލުން ކައިވެނިފުޅު ބައްލަވައި ގަތުމުގެ خيال ފުޅުވާކަމުގައި ވިދާޅުވެވުން ކަމުގައިވެއެވެ. والله أعلم.)
Verse 55
لَّا جُنَاحَ عَلَيْهِنَّ فِىٓ ءَابَآئِهِنَّ وَلَآ أَبْنَآئِهِنَّ وَلَآ إِخْوَٰنِهِنَّ وَلَآ أَبْنَآءِ إِخْوَٰنِهِنَّ وَلَآ أَبْنَآءِ أَخَوَٰتِهِنَّ وَلَا نِسَآئِهِنَّ وَلَا مَا مَلَكَتْ أَيْمَـٰنُهُنَّ ۗ وَٱتَّقِينَ ٱللَّهَ ۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍ شَهِيدًا
Transliteration lā junāḥa ʿalayhinna fī ābāihinna walā abnāihinna walā ikh'wānihinna walā abnāi ikh'wānihinna walā abnāi akhawātihinna walā nisāihinna walā mā malakat aymānuhunna wa-ittaqīna l-laha inna l-laha kāna ʿalā kulli shayin shahīdan
Dhivehi އަންނަނިވި މީސްމީހުންނާ حِجَاب އެއްނެތި - ހުރަހެއްނެތި - ބައްދަލުކޮށް ވާހަކަ ދައްކައި ހެދުމަކީ رَسُوْلُ الله صَلَّي الله عَلَيه وَسَلَّم ގެ އަނބިއަނބި ކަނބަލުންގެ މައްޗަށް ކުށެއް އޮތް ކަމެއް ނޫނެވެ. އެއީ (1) އެކަނބަލުންގެ ބަފައިން (2) އެކަނބަލުންގެ ފިރިހެން ދަރިން (3) އެކަނބަލުންގެ އަޚުން (4) އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިން (5) އެކަނބަލުންގެ އުޚްތުންގެ ފިރިހެންދަރިން (6) އާންމުކޮށް އަންހެނުން (7) އެކަނބަލުންގެ އަޅު ފިރިހެން ކުދިން މިމީސްމީހުންނާ حِجَاب އެއްނެތި ބައްދަލުކޮށް ވާހަކަ ދައްކައިހެދުން އެކަނބަލުންނަށް ހުއްދައެވެ. އަދި ކޮންމެ ކަމެއްގައިވެސް އެކަނބަލުން الله އަށް ތަޤުވާވެރިވުން ހުއްޓެވެ. ހަމަކަށަވަރުން ކޮންމެ އެއްޗެއްގެ މައްޗަށް الله ހެކިވެވޮޑިގެންވެއެވެ.
Verse 56
إِنَّ ٱللَّهَ وَمَلَـٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمًا
Transliteration inna l-laha wamalāikatahu yuṣallūna ʿalā l-nabiyi yāayyuhā alladhīna āmanū ṣallū ʿalayhi wasallimū taslīman
Dhivehi ހަމަކަށަވަރުން الله އާއި އެކަލާނގެ މަލާއިކަތް ބޭކަލުން ނަބިއްޔާގެ މައްޗަށް صَلَواة ލައްވައެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެންވެސް ނަބިއްޔާ صَلَّي الله عَلَيه وَسَلَّم ގެ މައްޗަށް صَلَواة ކިޔަވާށެވެ. އަދި އެކަލޭގެފާނުންގެ މައްޗަށް ކަލޭމެން ސަލާމްކިޔާށެވެ. (الصَّلاة وَالسَّلام عَلَي رَسُوْلِ الله......)
Verse 57
إِنَّ ٱلَّذِينَ يُؤْذُونَ ٱللَّهَ وَرَسُولَهُۥ لَعَنَهُمُ ٱللَّهُ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَأَعَدَّ لَهُمْ عَذَابًا مُّهِينًا
Transliteration inna alladhīna yu'dhūna l-laha warasūlahu laʿanahumu l-lahu fī l-dun'yā wal-ākhirati wa-aʿadda lahum ʿadhāban muhīnan
Dhivehi ހަމަކަށަވަރުން الله އަށާއި އެކަލާނގެ ރަސޫލާއަށް އުނދަގޫކުރާ މީހުން ދަންނައެވެ. ދުނިޔެއާއި އާޚިރަތުގައިވެސް الله އެމީހުންގެ މައްޗަށް لَعُنَة ލައްވާހުއްޓެވެ. އަދި އިހާނާތްތެރި ވެގެންވާ ޢަޒާބެއް އެމީހުންނަށް އެކަލާނގެ ތައްޔާރު ކުރެއްވިއެވެ.\n* ދަންނައެވެ. الله އަށް އުނދަގޫ ކުރުމަކީ އެކަލާނގެއަށް شَرِيك ކުރުމާއި އެކަލާނގެއަށް ދަރިން ނިސްބަތްކުރުމާއި ދެންވެސް އެބާވަތުގެ އެންމެހައި ކަންކަމެވެ.\nرَسُوْلُ الله صَلَّي الله عَلَيه وَسَلَّم އަށް އުނދަގޫ ކުރުމަކީ އެކަލޭގެފާނަށް އީމާންނުވުމާއި އެކަލޭގެފާނު އިސްތަށިފުޅު ފަޅައިލުމާއި ދަތްޕުޅު ބިންދައިލުމާއި އެކަޅޭގެފާނަކީ މޮޔައެކޭ ކިޔުމާއި ޅެންވެރިއެކޭ ކިޔުމާއި ދޮގުވެރިއެކޭ ކިޔުމާއި ސިހުރުވެރިއެކޭ ކިއުމާއި ދެންވެސް އެބާވަތުގެ އެއްޗެތި ކިއުމާއި އެބާވަތުގެ ކަންތައްތައް ކުރުމެވެ.
Verse 58
وَٱلَّذِينَ يُؤْذُونَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ بِغَيْرِ مَا ٱكْتَسَبُوا۟ فَقَدِ ٱحْتَمَلُوا۟ بُهْتَـٰنًا وَإِثْمًا مُّبِينًا
Transliteration wa-alladhīna yu'dhūna l-mu'minīna wal-mu'mināti bighayri mā ik'tasabū faqadi iḥ'tamalū buh'tānan wa-ith'man mubīnan
Dhivehi އަދި مُؤْمن ފިރިހެނުންނަށާއި مُؤْمن އަންހެނުންނަށް އެމީހުންކުރި އެއްވެސް ކަމަކާނުލައި އެއްވެސް ޙައްޤެއް ނެތި އުނދަގޫކުރާމީހުން ދަންނައެވެ. އެމީހުން އެބުނަނީ ބޮޑުވެގެންވާ ދޮގެކެވެ. އަދި އެކުރީ ބަޔާންވެގެންވާ ގޮތުގައި ފާފަވެރިވާނޭކަމެކެވެ.
Verse 59
يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَـٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
Transliteration yāayyuhā l-nabiyu qul li-azwājika wabanātika wanisāi l-mu'minīna yud'nīna ʿalayhinna min jalābībihinna dhālika adnā an yuʿ'rafna falā yu'dhayna wakāna l-lahu ghafūran raḥīman
Dhivehi އޭ ނަބިއްޔާ ﷺ އެވެ! ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނަށާއި އަދި ކަލޭގެފާނުންގެ ދަރިދަރިކަނބަލުންނަށާއި އަދި މުއުމިނު އަންހެނުންތަކަށް އެކަނބަލުންގެ جِلْبَاب ތައް ގާތްކޮށް އެއްކޮށް ދަތިޖެހުމަށް ވިދާޅުވާށެވެ. (جِلْبَاب އަކީ މުޅިހަށިގަނޑު ނިވާވާގޮތަށް ހުންނަ ހެދުމެކެވެ. އެއީ މަގު ހިނގުމަށްޓަކައެވެ.)\nއަދި جِلْبَاب އެގޮތަށް ހަދާފައި ބެހެއްޓުމުން އަޅުއަންހެނުންނަށާއި މިނިވަން އަންހެނުންނާ ވަކިކޮށް ފަރަގުކުރުމަށް އެނގުން ގާތްވެގެންވެއެވެ. ދެންއޭރުން (އަޅު އަންހެނުންނާއި، ހިލޭފިރިހެނުން ދިމާކުރާގޮތަށް) މުއުމިނު އަންހެނުންނާއި ދިމާކޮށް އުނދަގޫ ނުކުރާނެއެވެ. އަދި الله ވޮޑިގެންވަނީ ގިނަގިނައިންފާފަފުއްސަވާ ރަޙުމަތްލެއްވުން ބޮޑުވެގެންވާ ކަލަކު ކަމުގައެވެ.
Verse 60
۞ لَّئِن لَّمْ يَنتَهِ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْمُرْجِفُونَ فِى ٱلْمَدِينَةِ لَنُغْرِيَنَّكَ بِهِمْ ثُمَّ لَا يُجَاوِرُونَكَ فِيهَآ إِلَّا قَلِيلًا
Transliteration la-in lam yantahi l-munāfiqūna wa-alladhīna fī qulūbihim maraḍun wal-mur'jifūna fī l-madīnati lanugh'riyannaka bihim thumma lā yujāwirūnaka fīhā illā qalīlan
Dhivehi مُنَافِق ންނާއި އެބައިމީހުންގެ ހިތްތަކުގައި ޝައްކާއި ވަހުމުގެ ބަލިކަށިކަންވާ މީހުންނާއި މަދީނާގައި ތިބެގެން ދޮގު ޚަބަރުފަތުރާ މީހުންނާއި މިމީސްމީހުން އެމީހުންގެ އެނުބައި ޢަމަލުތަކުން ހުއްޓައިނުލައިފިއްޔާ ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުންގެ މައްޗަށް ކަލޭގެފާނު ގަދަކުރައްވައި ވެރިކުރައްވާ ހުށީމެވެ. ދެން އޭރުން އެމީހުން ކަލޭގެފާނާއި އަވައްޓެރިވެގެން (مدينة ގައި) ދާދި ކުޑަ ވަގުތުކޮޅަކު މެނުވީ ނުތިބޭނެއެވެ.
Verse 61
مَّلْعُونِينَ ۖ أَيْنَمَا ثُقِفُوٓا۟ أُخِذُوا۟ وَقُتِّلُوا۟ تَقْتِيلًا
Transliteration malʿūnīna aynamā thuqifū ukhidhū waquttilū taqtīlan
Dhivehi އަދި އެމީހުން ފެނެވުނު ކޮންމެތާކުވެސް އެމީހުންނަށް لعنة ލެވިގެންވެއެވެ. އަދި ފެނެވުނު ކޮންމެ ތާކުން އެމީހުން ހިފައިގަނެވި ކަނޑައެޅިގެން މެރެވޭނެއެވެ.
Verse 62
سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْا۟ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًا
Transliteration sunnata l-lahi fī alladhīna khalaw min qablu walan tajida lisunnati l-lahi tabdīlan
Dhivehi އެއީ މީގެ ކުރިން އިސްވެދިޔަ އެބާވަތުގެ މީހުންނާ މެދުވެސް ﷲ ގެ سُنة ހުރިގޮތެވެ. އަދި ﷲގެ އެ أُصُول އައް އެއްވެސް ބަދަލު ވުމެއް ނުފެންނާނެއެވެ.
Verse 63
يَسْـَٔلُكَ ٱلنَّاسُ عَنِ ٱلسَّاعَةِ ۖ قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ ۚ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ تَكُونُ قَرِيبًا
Transliteration yasaluka l-nāsu ʿani l-sāʿati qul innamā ʿil'muhā ʿinda l-lahi wamā yud'rīka laʿalla l-sāʿata takūnu qarīban
Dhivehi (އޭ رَسُول ﷲ އެވެ.) قِيامة ވާނެ ވަގުތަކާއިމެދު މީސްތަކުން ކަލޭގެފާނާއި سُوَال ކުރެއެވެ. އޭގެ جَوَاب ގައި ކަލޭގެފާނު ވިދާޅުވާށެވެ. އޭގެ އެނގުންވަނީ ހަމަ އެކަނި ﷲގެ حَضْرة ގައެވެ. ކަލޭގެފާނަކަށް އެކަން އަންގަވައި ނުދެއްވައެވެ. قِيامة ވާ ވަގުތު ދާދި ގާތްވެގެންވުން أُمِّيْد ކުރެއެވެ.
Verse 64
إِنَّ ٱللَّهَ لَعَنَ ٱلْكَـٰفِرِينَ وَأَعَدَّ لَهُمْ سَعِيرًا
Transliteration inna l-laha laʿana l-kāfirīna wa-aʿadda lahum saʿīran
Dhivehi ހަމަކަށަވަރުން ﷲ تَعَالى ކާފަރުންނަށް لَعْنَة ލެއްވިއެވެ. އެކަލާނގެ ރަޙުމަތުން ދުރުކުރެއްވިއެވެ. އަދި އެމީހުންނަށްޓަކައި އެކަލާނގެ އަލިފާނެއް ތައްޔާރުކުރެއްވިއެވެ. އެއީ ނަރަކައެވެ.
Verse 65
خَـٰلِدِينَ فِيهَآ أَبَدًا ۖ لَّا يَجِدُونَ وَلِيًّا وَلَا نَصِيرًا
Transliteration khālidīna fīhā abadan lā yajidūna waliyyan walā naṣīran
Dhivehi އެމީހުން އެތާނގައި އަބަދާއަބަދު ދެމިތިބޭނެއެވެ. އަދި ސަހަރޯވެރިއަކު އަދި އެއްވެސް ނަޞްރުވެރިއެއް އެހީތެރިއެއް އެމީހުންނަކަށް ނުވާނެއެވެ.
Verse 66
يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَـٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠
Transliteration yawma tuqallabu wujūhuhum fī l-nāri yaqūlūna yālaytanā aṭaʿnā l-laha wa-aṭaʿnā l-rasūlā
Dhivehi އެބައިމީހުންގެ މޫނުތައް ނަރަކައިގައި ފިހެވި ފުރެޅުމުންދާ ދުވަހު އެކާފަރުންގެ މީހުންބުނާނެއެވެ. އަހަރެމެންވެސް ﷲ އަށާއި އަދި رَسُوَل އާ އަށް އީމާންވީނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟
Verse 67
وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠
Transliteration waqālū rabbanā innā aṭaʿnā sādatanā wakubarāanā fa-aḍallūnā l-sabīlā
Dhivehi އަދި އެމީހުން ބުނާނެއެވެ. އޭއަޅަމެންގެ رَبُّ އެވެ. އަޅަމެން ކިޔަމަންތެރި ވީ އަޅަމެންގެ ވެރިންނަށާއި ބޮޑެތިމީހުންނަށެވެ. (އަޅަމެންގެ މަތީ މީހުންނަށެވެ.) ފަހެ އަޅަމެން މަގުފުރެއްދީ އެމީހުންނެވެ.
Verse 68
رَبَّنَآ ءَاتِهِمْ ضِعْفَيْنِ مِنَ ٱلْعَذَابِ وَٱلْعَنْهُمْ لَعْنًا كَبِيرًا
Transliteration rabbanā ātihim ḍiʿ'fayni mina l-ʿadhābi wal-ʿanhum laʿnan kabīran
Dhivehi އޭ އަޅަމެންގެ رَبُّ އެވެ. އެމީހުންނަށް ޑަބަލް عَذَاب ދެއްވާނދޭވެ. އަދި ބޮޑުވެގެންވާ لَعْنَة އަކުން އެމީހުންނަށް لَعْنَة ލައްވާނދޭވެ.
Verse 69
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ ءَاذَوْا۟ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُوا۟ ۚ وَكَانَ عِندَ ٱللَّهِ وَجِيهًا
Transliteration yāayyuhā alladhīna āmanū lā takūnū ka-alladhīna ādhaw mūsā fabarra-ahu l-lahu mimmā qālū wakāna ʿinda l-lahi wajīhan
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! مُوْسَى عَلَيه السَلام އަށް އުނދަގޫކުރި މީހުންފަދައިން ކަލޭމެން ނުވާށެވެ! ހަމަކަށަވަރުން އެމީހުން އެކަލޭގެފާނާމެދު ބުނި ވާހަކަތަކުން ﷲ تَعَالى އެކަލޭގެފާނު ބަރީއަ ކުރެއްވިއެވެ. ސަލާމަތްކުރެއްވިއެވެ. އަދި އެކަލޭގެފާނުވަނީ ﷲ ގެ ޙަޟްރަތުގައި قَدَرބޮޑު މާތްބޭކަލަކުކަމުގައެވެ.\n* ދަންނައެވެ؛ إبن عَبَّاس رَضِيَ الله عَنْهُمَا ގެ އަރިހުން ރިވާކުރައްވައި أَبُوشَيْبَة އާއި إِبْن جَرِيْر އާއި إِبْنُ المُنذِر މިބޭކަލުން ނެރުއްވި حَدِيْث ގެ މާނައިގައި ވެއެވެ. مُوْسَى عَلَيه السَلام އާއި ދިމާއަށް بني إِسْرَائيل ގެ ބަޔަކުބުންޏެވެ. އެކަލޭގެފާނީ އުރަވަޅި ބޮޑުމީހެކެވެ. ދެން مُوْسَى عَلَيه السَلام އެއްދުވަހަކު ނާނޭފުޅުފިއްލަވަން صَحْرَاء އަށް ނުކުމެވަޑައިގެން ފޭރާންކޮޅު ބާލުއްވައި ހިލައެއްގެ މަތީގައި ބޭއްވިއެވެ. ދެން ފަހެ އެހިލަ ހެދުންކޮޅު ހިފައިގެން ދާންފަށައިފިއެވެ. އޭގެފަހަތުން مُوْسَى عَلَيه السَلام ވަޑައިގަންނަވައެވެ. އެހިލަ ގޮސް بني إسرائيل ގެމީހުންގެ جماعة އެއް ތިބިހިސާބަށް ހިނގައްޖެއެވެ. އަދި އެމީހުން مُوْسَى ގެފާނު ޢުރިޔާނުން ހުންނެވިތަން ދެކެފިއެވެ. އެހިނދު އެކަލޭގެފާނު އުރަވަޅި ބޮޑުނޫންކަން އެމީހުންނަށް އެނގިއްޖެއެވެ. މިآية ގެ تفسير ގައި مفسرން މިވާހަކަ ލިޔުއްވާފައިވެއެވެ. والله أعلم. = زبة التفسير =
Verse 70
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَقُولُوا۟ قَوْلًا سَدِيدًا
Transliteration yāayyuhā alladhīna āmanū ittaqū l-laha waqūlū qawlan sadīdan
Dhivehi އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ. އެކަލާނގެއަށް تقوى ވެރިވާށެވެ. އަދި ސީދާ حق ތެދުބަސް ބުނާށެވެ.
Verse 71
يُصْلِحْ لَكُمْ أَعْمَـٰلَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدْ فَازَ فَوْزًا عَظِيمًا
Transliteration yuṣ'liḥ lakum aʿmālakum wayaghfir lakum dhunūbakum waman yuṭiʿi l-laha warasūlahu faqad fāza fawzan ʿaẓīman
Dhivehi އޭރުން ކަލޭމެންގެ عمل ތައް އެކަލާނގެ ރަނގަޅު صالح عمل ކަމުގައި ލައްވާނެތެވެ. އަދި އެކަލާނގެ ކަލޭމެންގެ ފާފަތައް ފުއްސަވާ ހުއްޓެވެ. އަދި ﷲ އާއި އެކަލާނގެ رسول އަށް ކިޔަމަންތެރިވެއްޖެ މީހާ (ދަންނައެވެ.) ހަމަކަށަވަރުން އޭނާ ބޮޑުވެގެންވާ نصيب ލިބިގެންފިކަން ކަށަވަރެވެ.
Verse 72
إِنَّا عَرَضْنَا ٱلْأَمَانَةَ عَلَى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱلْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلْإِنسَـٰنُ ۖ إِنَّهُۥ كَانَ ظَلُومًا جَهُولًا
Transliteration innā ʿaraḍnā l-amānata ʿalā l-samāwāti wal-arḍi wal-jibāli fa-abayna an yaḥmil'nahā wa-ashfaqna min'hā waḥamalahā l-insānu innahu kāna ẓalūman jahūlan
Dhivehi أمانة އުފުލުމަށްޓަކައި ހަމަކަށަވަރުން އުޑުތަކާއި ބިމަށާއި އަދި ފަރުބަދަތަކަށް ތިމަންރަސްކަލާނގެ ހުށައެޅުއްވީމެވެ. ފަހެ އެތަކެތި އެ أمانة އުފުލުމުން منع ވެގެންފިއެވެ. އަދި އެކަމާމެދު ބިރުވެތިވެއްޖެއެވެ. އަދި އިންސާނާ އެ أمانة އުފުލިއެވެ. ހަމަކަށަވަރުން އޭނާވީ އަނިޔާވެރިކަން ބޮޑު އަދި جاهل ކަންވެސް ބޮޑު މީހަކުކަމުގައެވެ. * ދަންނައެވެ. މިއާޔަތުގައި މިވާ އަމާނަތުގެ މާނަ مفسر ން ތަފާތުކޮށް ވިދާޅުވެއެވެ. ބައެއްބޭކަލުން ވިދާޅުވަނީ- އެއީ طاعة يعني ކިޔަމަންތެރިކަން- ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ شريعة ގެ فرض ތައްކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ شريعة ގެ އެންމެހައި تكليف ތައް- يعني ބުރަތައް- ކަމަށެވެ. އަދި މިނޫންގޮތް ގޮތަށްވެސް ކިޔާފައިވެއެވެ. * އުޑުތަކާއި ބިން އަދި ފަރުބަދަތައް އެކަމުން منع ވެގަތްކަމުގައިވިއެވެ. އަދި އެ أمانة އުފުލި މީހަކަށް ހުރިމާތްކަމާއި މަތިވެރިކަން ﷲ بيان ކޮށްދެއްވައި އަދި އެކަމާ حوال ވެފައި އެކަން ފުރިހަމައަށް އަދާ ނުކުރި މީހަކަށް ހުރި عذاب އާއި ކޯފާއެންގެވުމުން ފުރިހަމަގޮތުގައި އެ أمانة އަދާ ނުކުރެވިދާނެތީއެވެ. އެހެންވެ އެތަކެތި އެމާބިރުވެތިވީއެވެ. މިވާހަކަތަކާއި ބެހޭ حديث ތައް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. މިފޮތް ކުޑަކަމުން އެވާހަކަތަކުގެ ތެރެއަށް ނުވަދެވުނީއެވެ. وبالله التوفيق
Verse 73
لِّيُعَذِّبَ ٱللَّهُ ٱلْمُنَـٰفِقِينَ وَٱلْمُنَـٰفِقَـٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَـٰتِ وَيَتُوبَ ٱللَّهُ عَلَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًۢا
Transliteration liyuʿadhiba l-lahu l-munāfiqīna wal-munāfiqāti wal-mush'rikīna wal-mush'rikāti wayatūba l-lahu ʿalā l-mu'minīna wal-mu'mināti wakāna l-lahu ghafūran raḥīman
Dhivehi (إنسان އާ އެ أمانة އުފުލީ) މުނާފިގު ފިރިހެނުންނަށާއި މުނާފިގު އަންހެނުންނަށް އަދި مشرك ފިރިހެނުންނަށާއި އަދި مشرك އަންހެނުންނަށް عذاب ދެއްވުމަށްޓަކައެވެ. އަދި مؤمن ފިރިހެނުންނަށާއި مؤمن އަންހެނުންގެ މައްޗަށް ﷲ توبة ލެއްވުމަށްޓަކައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.
Read Surah Al-Ahzab in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.