MyDugsiStart learning

Surah Sad in Dhivehi: translation and audio

Surah 38 · ص · The Letter "Saad" · 88 verses

Surah Sad verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Sad word by word in English.

Verse 1

صٓ ۚ وَٱلْقُرْءَانِ ذِى ٱلذِّكْرِ

Transliteration sad wal-qur'āni dhī l-dhik'ri

Dhivehi ص: މިއަކުރުގެމާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ذكرގެވެރި ނުވަތަ شرف ވެރި قرآن ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وحي ކުރައްވަމެވެ. (ކަންތައް އޮތީ އެ كافر ން ބުނާގޮތަކަށް ނޫނެވެ.)

Verse 2

بَلِ ٱلَّذِينَ كَفَرُوا۟ فِى عِزَّةٍ وَشِقَاقٍ

Transliteration bali alladhīna kafarū fī ʿizzatin washiqāqin

Dhivehi އަދި ކިޔެއްހެއްޔެވެ. ކާފަރު ވެއްޖެ މީސްތަކުން އެވަނީ ވަރަށްބޮޑު كبر ވެރިކަމާއި ބޮޑާކަމެއްގައެވެ. އަދި رسول الله ﷺ އާއި مؤمن ންނާއިމެދު خلاف ވެ عداوة ތެރިވުމެއްކަމުގައެވެ.

Verse 3

كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ فَنَادَوا۟ وَّلَاتَ حِينَ مَنَاصٍ

Transliteration kam ahlaknā min qablihim min qarnin fanādaw walāta ḥīna manāṣin

Dhivehi މި مكة މީހުންގެ ކުރިންތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައް أمة ހެއްޔެވެ؟ (އެއީ އެ أمة ތަކުގެ މީހުން އެމީހުންގެ رسول ންނަށް އީމާންނުވެގެންނެވެ.) އަދި އެމީހުންނަށް عذاب އައި ވަގުތު އެމީހުން ސަލާމަތަށްގޮވާ دعاء ކޮށް ހެދިއެވެ. އެކަމަކު އެވަގުތު އެއީ ގޮވިޔަސް ސަލާމަތްވާނެ ވަގުތެއްނޫނެވެ.

Verse 4

وَعَجِبُوٓا۟ أَن جَآءَهُم مُّنذِرٌ مِّنْهُمْ ۖ وَقَالَ ٱلْكَـٰفِرُونَ هَـٰذَا سَـٰحِرٌ كَذَّابٌ

Transliteration waʿajibū an jāahum mundhirun min'hum waqāla l-kāfirūna hādhā sāḥirun kadhābun

Dhivehi އަދި އެމީހުން يعني مكة ގެ މީހުން އެ عجائب ވީ އެމީހުންގެ ތެރެއަށް އެމީހުންގެ ތެރެއިން إنذار ކުރައްވާނޭ رسول ބޭކަލަކު ވަޑައިގަނެގެންނެވެ. އަދި ކާފަރުން ބުނީ މިއީ سحر ވެރި ދޮގުވެރިއެއް ކަމުގައެވެ.

Verse 5

أَجَعَلَ ٱلْـَٔالِهَةَ إِلَـٰهًا وَٰحِدًا ۖ إِنَّ هَـٰذَا لَشَىْءٌ عُجَابٌ

Transliteration ajaʿala l-ālihata ilāhan wāḥidan inna hādhā lashayon ʿujābun

Dhivehi އެކަލޭގެފާނު އެހައްދަވަނީ މިހުރިހާ إله ންގެ ބަދަލުގައި އެންމެ إله އެކެވެ. (މިހުރިހާ ކަމެއް އެންމެ إلَهُ އަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ ނުވާނެއެވެ.) ހަމަކަށަވަރުން މިއީ ވަރަށް عَجَائِبُ ހުރިކަމެކެވެ.

Verse 6

وَٱنطَلَقَ ٱلْمَلَأُ مِنْهُمْ أَنِ ٱمْشُوا۟ وَٱصْبِرُوا۟ عَلَىٰٓ ءَالِهَتِكُمْ ۖ إِنَّ هَـٰذَا لَشَىْءٌ يُرَادُ

Transliteration wa-inṭalaqa l-mala-u min'hum ani im'shū wa-iṣ'birū ʿalā ālihatikum inna hādhā lashayon yurādu

Dhivehi އެމީހުންގެތެރެއިން ބޮޑެތިމީހުންގެ ޖަމާޢަތެއް ތެދުވެގެން ހިގައްޖެއެވެ. (އަދި އެމީހުން ދަމުންބުންޏެވެ.) "ކަލޭމެން ކަލޭމެންގެ ދީންމަތީ ސާބިތުވެ ތިބޭށެވެ! (އަދި މި مُحَمَّدُ ގެފާނުން ދައްކަވާ ވާހަކަނުއަހާށެވެ.) އަދި ކަލޭމެންގެ إلَهُ ން ތަކަށް އަޅުކަން ކުރުންމަތީ ޤާއިމުވެ ކެތްތެރިވާށެވެ. ހަމަކަށަކަވަރުން އެކަލޭގެފާނު އެއެދެނީ އަހުރެމެންނަށްވުރެން މަތިވެރިވެ އަހުރެމެންގެމައްޗަށް حُكُم ކުރާށެވެ.

Verse 7

مَا سَمِعْنَا بِهَـٰذَا فِى ٱلْمِلَّةِ ٱلْـَٔاخِرَةِ إِنْ هَـٰذَآ إِلَّا ٱخْتِلَـٰقٌ

Transliteration mā samiʿ'nā bihādhā fī l-milati l-ākhirati in hādhā illā ikh'tilāqun

Dhivehi އެންމެފަހުން އައި ދީނުގެފަރާތުންވެސް އަހުރެމެން އެފަދަ ވާހަކައެއްނުއަހަމެވެ. އެއީ ހަމަ އެކަލޭގެފާނުން ހަދައިގެންއުޅޭ ދޮގުވާހަކައެއްކަމުގައި މެނުވީ ނުވެއެވެ."

Verse 8

أَءُنزِلَ عَلَيْهِ ٱلذِّكْرُ مِنۢ بَيْنِنَا ۚ بَلْ هُمْ فِى شَكٍّ مِّن ذِكْرِى ۖ بَل لَّمَّا يَذُوقُوا۟ عَذَابِ

Transliteration a-unzila ʿalayhi l-dhik'ru min bayninā bal hum fī shakkin min dhik'rī bal lammā yadhūqū ʿadhābi

Dhivehi އަދި އަހުރެމެން މިހެންތިއްބާ އަހުރެމެންގެތެރެއިން އޭނާއަށްވަކިން قرآن ބާވާއިލެއްވީ ހެއްޔެވެ؟ الله وَحِي ކުރެއްވިއެވެ. (އެހެންނަކުންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އެވަނީ ތިމަންރަސްކަލާނގެ ذِكْرُ އާމެދު އެބަހީ قرآن އާއިމެދު ނުވަތަ وَحِي އާއިމެދު ޝައްކެއްގައެވެ. އަދި ކިއެއްހެއްޔެވެ؟ އަދި މިހާތަނަށް ތިމަންރަސްކަލާނގެ عَذَابُ ގެރަހަ އެމީހުންނަށް ނުފެންނަނީއެވެ.

Verse 9

أَمْ عِندَهُمْ خَزَآئِنُ رَحْمَةِ رَبِّكَ ٱلْعَزِيزِ ٱلْوَهَّابِ

Transliteration am ʿindahum khazāinu raḥmati rabbika l-ʿazīzi l-wahābi

Dhivehi (އޭ رَسُولُ الله އެވެ.) ކަލޭގެފާނުންގެ عِزَّة ވަންތަ އަދި ގިނަގިނައިންދެއްވާ رَبُّ ގެ رَحْمَة ގެ خَزَانَة ތައް އެމީހުންގެ އަތުގައިވަނީބާވައެވެ؟ (އެމީހުން އެދޭމީހަކަށް ނަބީކަމާއި ރަސޫލުކަން އެމީހުންނަށް ދެވުނީހީ އެހެންނަމަތާއެވެ.)

Verse 10

أَمْ لَهُم مُّلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ فَلْيَرْتَقُوا۟ فِى ٱلْأَسْبَـٰبِ

Transliteration am lahum mul'ku l-samāwāti wal-arḍi wamā baynahumā falyartaqū fī l-asbābi

Dhivehi ނުވަތަ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތީގެ މިލްކުވެރިކަން އެމީހުންގެ އަތުގައިވަނީ ހެއްޔެވެ؟ (އެމީހުން ބޭނުންމީހަކަށް ބޭނުން އެއްޗެއްދީ އަދިބޭނުންނޫންމީހަކަށް ނުދީ ހިފަހައްޓާނީ އެހެންނަމަތާއެވެ.) ދެން އެމީހުން އެހީކުރާގޮތަށް އުޑާއި ބިމުގެ މިލްކުވާނަމަ އެމީހުން ނިކަން އުޑަށް އަރައިބަލާށެވެ. އަދި مُحَمَّد ގެފާނަށް ބާވައިލައްވާ وَحِي ބަންދުކޮށްބަލާށެވެ.

Verse 11

جُندٌ مَّا هُنَالِكَ مَهْزُومٌ مِّنَ ٱلْأَحْزَابِ

Transliteration jundun mā hunālika mahzūmun mina l-aḥzābi

Dhivehi އެމީހުންނަކީ އިސްވެދިޔަ އުއްމަތްތަކުގައި ތިބިކާފަރުން ފަދައިން އެތާ - އެބަހީ ބަދުރުގެ ދުވަހު ނުވަތަ މައްކާ ފަތަޙަވާ ދުވަހުން ބަލިވެގެންދާނޭ ލަޝްކަރެކެވެ.

Verse 12

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَفِرْعَوْنُ ذُو ٱلْأَوْتَادِ

Transliteration kadhabat qablahum qawmu nūḥin waʿādun wafir'ʿawnu dhū l-awtādi

Dhivehi އެމީހުންގެ ކުރިން އެބަހީ މައްކާގެ އަހުލުވެރިންގެ ކުރިންވެސް نوح قوم ގެމީހުންނާއި عَادُ ބާގައިގެމީހުންނާއި އަދި ކަޑަތަކުގެވެރި فرعون ގެމީހުންނާއި އެ އެންމެންވެސް އެމީހުންގާތަށް ފޮނުވުނު ރަސޫލުން އެމީހުން ދޮގުކުރިއެވެ.

Verse 13

وَثَمُودُ وَقَوْمُ لُوطٍ وَأَصْحَـٰبُ لْـَٔيْكَةِ ۚ أُو۟لَـٰٓئِكَ ٱلْأَحْزَابُ

Transliteration wathamūdu waqawmu lūṭin wa-aṣḥābu al'aykati ulāika l-aḥzābu

Dhivehi އަދި ثمود ބާގައިގެމީހުންނާއި އަދި لوط قوم ގެމީހުންނާއި އަދި أَيْكَةُ އެކުވެރިންނާއި (އެއީ شُعَيْبُ عَلَيْه السلام ދީނަށް ގޮވައިލެއްވި ބައެކެވެ.) ބޮޑެތި ގަދަ ޖަމާޢަތްތަކަކީ އެއީއެވެ.

Verse 14

إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ

Transliteration in kullun illā kadhaba l-rusula faḥaqqa ʿiqābi

Dhivehi އެހުރިހާމީހުންވެސް އެމީހުންގާތަށް ފޮނުވުނު ރަސޫލުބޭކަލުން ދޮގުކުރިބަޔަކު ކަމުގައިމެނުވީ ނުވެއެވެ. ދެން ފަހެ އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ عُقُوبَة حَقُّ ވެއްޖެއެވެ. (އެމީހުންނަށް ޢަޒާބު އައީއެވެ.)

Verse 15

وَمَا يَنظُرُ هَـٰٓؤُلَآءِ إِلَّا صَيْحَةً وَٰحِدَةً مَّا لَهَا مِن فَوَاقٍ

Transliteration wamā yanẓuru hāulāi illā ṣayḥatan wāḥidatan mā lahā min fawāqin

Dhivehi އަދި މިއެންމެންވެސް ހަމައެކަނި އެންމެ އަޑުފަށަކަށްމެނުވީ (ތާޅަފިލި ފުންމަވާލެއްވުމަށްމެނުވީ) إنْتِظَارُ ނުކުރެއެވެ. އެއަޑުފަށަށް އެއްވެސް ހުއްޓުމެއްނުވެއެވެ.

Verse 16

وَقَالُوا۟ رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ ٱلْحِسَابِ

Transliteration waqālū rabbanā ʿajjil lanā qiṭṭanā qabla yawmi l-ḥisābi

Dhivehi އަދި އެމީހުން އެބަހީ ކާފަރުން ބުންޏެވެ. "އޭއަޅަމެންގެ رَبُّ އެވެ. އަޅަމެންނަށް އޮތް އެއްޗެއްވިއްޔާ (ހެވަސް ނުބަޔަސް) ހިސާބު ބައްލަވާދުވަހުގެކުރިން އަޅަމެންނަށް އަވަސްކޮށްދެއްވާށެވެ." (އެއީ عَذَاب އަކަސް ثَوَاب އަކަސް މެއެވެ.)

Verse 17

ٱصْبِرْ عَلَىٰ مَا يَقُولُونَ وَٱذْكُرْ عَبْدَنَا دَاوُۥدَ ذَا ٱلْأَيْدِ ۖ إِنَّهُۥٓ أَوَّابٌ

Transliteration iṣ'bir ʿalā mā yaqūlūna wa-udh'kur ʿabdanā dāwūda dhā l-aydi innahu awwābun

Dhivehi (އޭ رَسُولُ الله އެވެ!) އެމީހުން އެބުނާއެއްޗެއްސާއި މެދު ކެތްތެރިވެވަޑައިގަންނަވާށެވެ. އަދި ތިމަންރަސްކަލާނގެ އަޅާ دَاوُد ހަނދުމަފުޅު ކުރައްވާށެވެ. އެކަލޭގެފާނަކީ ދީނުގެ ކަންތަކުގައި ގަދައަތެއްވާބޭކަލެކެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ގިނަގިނައިން ﷲ އަށް تَوْبَة ވެ ވަޑައިގަންނަވާ ބޭކަލެކެވެ.

Verse 18

إِنَّا سَخَّرْنَا ٱلْجِبَالَ مَعَهُۥ يُسَبِّحْنَ بِٱلْعَشِىِّ وَٱلْإِشْرَاقِ

Transliteration innā sakharnā l-jibāla maʿahu yusabbiḥ'na bil-ʿashiyi wal-ish'rāqi

Dhivehi އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފަރުބަދަތައް ކިޔަމަންކުރެއްވީމެވެ. އެތަކެތި އެކަލޭގެފާނާއިއެކު ހަވީރުގެ ވަގުތުގައްޔާއި އަދި ހެދުނުގެ ވަގުތުގައި تسبيح ކިޔައެވެ. ﷲ ހުސްطاهر ވަންތަކުރެއެވެ.

Verse 19

وَٱلطَّيْرَ مَحْشُورَةً ۖ كُلٌّ لَّهُۥٓ أَوَّابٌ

Transliteration wal-ṭayra maḥshūratan kullun lahu awwābun

Dhivehi އަދި ދޫނިތައް ބައިބަޔަށް ޖައްވުގެތެރޭގައި ޖަމާވެ ހިފެހެއްޓިގެންވެއެވެ. އެހުރިހާތަކެތި އެކަލޭގެފާނަށް ކިޔަމަންތެރިވެގެންވެއެވެ. އެކަލޭގެފާނާއިއެކު ﷲ އަށް تسبيح ކިޔާނެއެވެ.

Verse 20

وَشَدَدْنَا مُلْكَهُۥ وَءَاتَيْنَـٰهُ ٱلْحِكْمَةَ وَفَصْلَ ٱلْخِطَابِ

Transliteration washadadnā mul'kahu waātaynāhu l-ḥik'mata wafaṣla l-khiṭābi

Dhivehi އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ވެރިކަން ގަދަކޮށްދެއްވީމެވެ. (އެއީ عداوة ތެރިންގެ މައްޗަށް އެކަލޭގެފާނަށް نصرދެއްވައި مادّى އަދި روحانى ބާރުތައް ދެއްވައިގެންނެވެ.) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް حكمة ދެއްވީމެވެ. އެއީ نبي ކަމާއި އެކަލޭގެފާނު ކުރައްވާ ކޮންމެ حكم އެއްގެ معرفة ވެރިކަމެވެ. އަދި ނިޔާކުރެއްވުމުގެ ރަނގަޅު ގޮތާއި ރަނގަޅުވިސްނުން ދެއްވީމެވެ. (ވާހަކަ ވަކިކުރުމާއި حكم ވަކިކުރެއްވުމުގެ ހުނަރުވެރިކަން ދެއްވީމެވެ.) * ދަންނައެވެ. فصل الخطاب އަކީ ކޮން އެއްޗެއް ކަމާއިމެދު مفسر ންގެ ބަސް ތަފާތެވެ. މިފޮތުގައި ލިޔެވިފައިވަނީ އޭގެތެރެއިން ދެގޮތެކެވެ. والله أعلم.

Verse 21

۞ وَهَلْ أَتَىٰكَ نَبَؤُا۟ ٱلْخَصْمِ إِذْ تَسَوَّرُوا۟ ٱلْمِحْرَابَ

Transliteration wahal atāka naba-u l-khaṣmi idh tasawwarū l-miḥ'rāba

Dhivehi (އޭ رسول الله އެވެ.) دعوى ކުރާ خصم ންގެ خبر ކަލޭގެފާނުންގެ އަރިހަށް އައިތޯއެވެ؟ محراب ގެ ފާރުމަތިން (داود عليه السّلام އިންނެވި منزل ގެ ފާރުމަތިން އެދެ خصم ން އެރި ހިދުންނެވެ.

Verse 22

إِذْ دَخَلُوا۟ عَلَىٰ دَاوُۥدَ فَفَزِعَ مِنْهُمْ ۖ قَالُوا۟ لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَٱحْكُم بَيْنَنَا بِٱلْحَقِّ وَلَا تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ

Transliteration idh dakhalū ʿalā dāwūda fafaziʿa min'hum qālū lā takhaf khaṣmāni baghā baʿḍunā ʿalā baʿḍin fa-uḥ'kum baynanā bil-ḥaqi walā tush'ṭiṭ wa-ih'dinā ilā sawāi l-ṣirāṭi

Dhivehi އެމީހުން داود عليه السّلام ގެއަރިހަށް އައިހިނދުން އެކަލޭގެފާނުން ސިހިވަޑައިގެންނެވިއެވެ. އެބޭކަލުންދެންނެވިއެވެ. "ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ. އަހުރެމެންދެމީހުންނަކީ ދެ خَصْمُ ންނެވެ. މައްސަލައެއްގައި (قَضِيَّة އެއްގައި) ނިޔާއެއްކޮށްދެއްވުން އެދިގެން އައީއެވެ. (دّعْوَى ކުރާމީހަކާއި دّعْوَى ލިބޭމީހެކެވެ.) އަހުރެމެންދެމީހުން އެކަކު އަނެކަކުގެމައްޗަށް ރުޅިއައިސްގެން ޢަދާވަތްތެރިވީއެވެ. ފަހެ ކަލޭގެފާނުން އަހުރެމެންގެމެދުގައި ހަމަ حَقُّ ގޮތުގައި حُكُم ކޮށްދެއްވާށެވެ. އަދި ކަލޭގެފާނުން حُكُم ގައި އަނިޔާވެރިވެ ވަޑައި ނުގަންނަވާށެވެ! އަދި އަޅުގަޑުމެންނަށް ހަމަސީދާ ތެދުމަގަށް މަގުދައްކަވާ ބައްލަވާށެވެ."

Verse 23

إِنَّ هَـٰذَآ أَخِى لَهُۥ تِسْعٌ وَتِسْعُونَ نَعْجَةً وَلِىَ نَعْجَةٌ وَٰحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِى فِى ٱلْخِطَابِ

Transliteration inna hādhā akhī lahu tis'ʿun watis'ʿūna naʿjatan waliya naʿjatun wāḥidatun faqāla akfil'nīhā waʿazzanī fī l-khiṭābi

Dhivehi " އަޅުގަޑުމެންގެ މިމައްސަލައަކީ މިއިނީ ދީނީގޮތުން އަޅުގަނޑުގެ أَخُ އެވެ. އެނާއަށް ނުވަދިހަ ނުވަބަކަރިވެއެވެ. އަދި އަހުރެންނަށްވަނީ އެންމެ ބަކަރިއެކެވެ. ދެންފަހެ އޭނާއެ އެދެނީ އަހުރެންގެ އަތުގައިވާ އެންމެ ބަކަރިވެސް އޭނާއަށް މިލްކުކޮށްދޭށެވެ. އަދި ވާހަކަ ދެއްކުމުގައި ޖަދަލުކުރުމުގެ ގޮތުން އޭނާ އަހުރެންގެ މައްޗަށް ގަދަވެގެންފިއެވެ."

Verse 24

قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ ۖ وَإِنَّ كَثِيرًا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَقَلِيلٌ مَّا هُمْ ۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّـٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًا وَأَنَابَ ۩

Transliteration qāla laqad ẓalamaka bisuāli naʿjatika ilā niʿājihi wa-inna kathīran mina l-khulaṭāi layabghī baʿḍuhum ʿalā baʿḍin illā alladhīna āmanū waʿamilū l-ṣāliḥāti waqalīlun mā hum waẓanna dāwūdu annamā fatannāhu fa-is'taghfara rabbahu wakharra rākiʿan wa-anāba

Dhivehi داود عليه السّلام އަނެއްމީހާގެވާހަކައަށް ބައްލަވައިނުލައްވައި دَعْوَى ކުރާމީހާއާއި ދިމާލަށްވިދާޅުވިއެވެ. "އޭނާގެބަކަރިތަކުގެތެރެއަށް ލުމަށްޓަކައި ކަލޭގެބަކަރިދޭން އެނާ ކަލޭގެކިބައިން އެދުނުކަންއެއީ އޭނާކަލެއަށްކުރި އަނިޔާއެކެވެ. ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުން މެނުވީ (އެއީ މަދުބައެކެވެ.) ވަރަށްގިނަ ބައިވެރިން އޭގެ އެއްބައެއްގެމައްޗަށް އަނެއްބަޔަކު އަނިޔާވެރިވެއެވެ! ދަންނައެވެ. މިހިސާބަށްވާހަކަ ދިޔަތަނާ ސަރިއަތަށް އައިސްތިބިދެމީހުން ގެއްލިއްޖެއެވެ. تَفْسِيْرُ عِلمُ ވެރިންގެތެރޭގައި މަޝްހޫރުވެގެންވަނީ އެއީ داود عليه السّلام إمْتِحَانُ ކުރެއްވުމަށް ﷲ ފޮނުއްވި ދެމަލާއިކަތްބޭކަލުން ކަމަށެވެ. داود عليه السّلام ގެ حُكُم ފުޅުގައި ޢަދުލުވެރިކަމުން ނެއްޓޭފަދަ ގޮތެއްމެދުވެރިވީކަމުގައި عِلمُ ވެރިން ލިއުއްވައެވެ. އެއީ دَعْوَى ކުރިމީހާގެވާހަކަ އެކަނި އައްސަވާފައި އަނެއްމީހާގެވާކަ ނާއްސަވައި حُكُم ކުރެއްވެވިކަމެވެ.\nދެންފަހެ އެދެބޭކަލުން އެތަނުން ގެއްލުމުން - غائب ވުމުން ﷲ އެކަލޭގެފާނު إمتحان ކުރެއްވީކަން داود عليه السلام އަށް يقين ފުޅުވެއްޖެއެވެ. ދެންފަހެ އެކަލޭގެފާނުންގެ رب ގެ حضرةގައި އެކަލޭގެފާނުންގެ ފާފަފުއްސެވުމަށް އެދިވަޑައިގެންދެންނެވިއެވެ. އަދި سجدة އަށް ތިރިވެވަޑައިގެންނެވިއެވެ.

Verse 25

فَغَفَرْنَا لَهُۥ ذَٰلِكَ ۖ وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍ

Transliteration faghafarnā lahu dhālika wa-inna lahu ʿindanā lazul'fā waḥus'na maābin

Dhivehi ﷲ އެކަލޭގެފާނަށް ފާފަ ފުއްސެވި ކަމުގައި وحي ކުރެއްވިއެވެ. އަދި وحي ކުރެއްވިއެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حضرة ގައި ގާތްކަމާއި އަދި އެނބުރި ދާތަނުގެ ރަނގަޅުކަން ހުއްޓެވެ. ސުވަރުގެ ހުއްޓެވެ. އަދި މި آية ގެ تفسير ލިޔުއްވި ބައެއް ބޭކަލުން ގެންނަވާފައިވާ إسرائيلى ބައެއް ރިވާޔަތްވެއެވެ. އޭގެތެރޭގައި رسول ބޭކަލުންގެ درجة ފުޅާއި އެކަށީގެންނުވާ ވާހަކަވެސްވެއެވެ. އެހެންވެ އެބާވަތުގެވާހަކަ ލިޔާހިތްނުވީއެވެ. والله أعلم.

Verse 26

يَـٰدَاوُۥدُ إِنَّا جَعَلْنَـٰكَ خَلِيفَةً فِى ٱلْأَرْضِ فَٱحْكُم بَيْنَ ٱلنَّاسِ بِٱلْحَقِّ وَلَا تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ ۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمْ عَذَابٌ شَدِيدٌۢ بِمَا نَسُوا۟ يَوْمَ ٱلْحِسَابِ

Transliteration yādāwūdu innā jaʿalnāka khalīfatan fī l-arḍi fa-uḥ'kum bayna l-nāsi bil-ḥaqi walā tattabiʿi l-hawā fayuḍillaka ʿan sabīli l-lahi inna alladhīna yaḍillūna ʿan sabīli l-lahi lahum ʿadhābun shadīdun bimā nasū yawma l-ḥisābi

Dhivehi (ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ.) އޭ داود އެވެ. ހަމަކަށަވަރުން ބިމުގައި خَلِيْفَة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނުލެއްވީމެވެ. އެހެންވެ މީސްތަކުންގެމެދުގައި عَدْلُ ވެރި ހަމަޙައްޤު ގޮތުގައި حُكُم ކުރައްވާށެވެ. ފަހެ އެހެންނޫންނަމަކަލޭގެފާނު الله މަގުން ކަހައިލާ ފުރެދިވަޑައިގެންފާނެއެވެ. (މަގުފުރެދިދާނެއެވެ.) ހަމަކަށަވަރުން ﷲ ގެމަގުން ފުރެދޭމީހުން (ދަންނައެވެ.) އެމީހުންނަށް ހުންނަހުރީ ގަދަވެގެންވާ ޢަޒާބެވެ. އެއީ ހިސާބުބައްލަވާދުވަސް އެމީހުން ހަދާންނެތުމުގެ ސަބަބުންނެވެ.

Verse 27

وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا بَـٰطِلًا ۚ ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُوا۟ ۚ فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِنَ ٱلنَّارِ

Transliteration wamā khalaqnā l-samāa wal-arḍa wamā baynahumā bāṭilan dhālika ẓannu alladhīna kafarū fawaylun lilladhīna kafarū mina l-nāri

Dhivehi އަދި އުޑާއިބިން ތިމަންރަސްކަލާނގެ بَاطِلُ ގޮތެއްގައި ނުހައްދަވަމެވެ. އެއީ ކާފަރުން ހީކުރާގޮތެވެ (އެބަހީ އުޑާއިބިން ހައްދަވާފައިވަނީ بَاطِلُ ގޮތެއްގައި ކަމުގައިހީކުރާނީ ކާފަރުންނެވެ.) ފަހެ ކާފަރުންނަށް ނަރަކައިގެ ގަދަޢަޒާބު ހުއްޓެވެ.

Verse 28

أَمْ نَجْعَلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ كَٱلْمُفْسِدِينَ فِى ٱلْأَرْضِ أَمْ نَجْعَلُ ٱلْمُتَّقِينَ كَٱلْفُجَّارِ

Transliteration am najʿalu alladhīna āmanū waʿamilū l-ṣāliḥāti kal-muf'sidīna fī l-arḍi am najʿalu l-mutaqīna kal-fujāri

Dhivehi އަދިކިއެއްހެއްޔެވެ؟ އީމާންވެގެން صَالِحُ عَمَلُ ކުރިމީހުން ބިންމަތީގައި ފަސާދަކުރާމީހުންފަދައިން ތިމަންރަސްކަލާނގެ ލައްވާނެހެއްޔެވެ؟ ނުވަތަ تَقْوَى ވެރިން ނުބައި ނުލަފާމީހުންފަދައިން ތިމަންރަސްކަލާނގެ ލައްވާނެހެއްޔެވެ؟ (އެހެން ނުހައްދަވާނެކަން ކަށަވަރެވެ.) ނުބައިނުލަފާމީހުންނަށް ޤިޔާމަތްދުވަހުން ހުންނާނީ ނަރަކައެވެ. އަދިއެތާގެ ޢަޒާބެވެ. އަދި މުއުމިނު تَقْوَى ވެރިން ނަށް ހުންނަހުށީ ސުވަރުގެއެވެ. އަދިއެތާގެ نِعْمَة އެވެ.

Verse 29

كِتَـٰبٌ أَنزَلْنَـٰهُ إِلَيْكَ مُبَـٰرَكٌ لِّيَدَّبَّرُوٓا۟ ءَايَـٰتِهِۦ وَلِيَتَذَكَّرَ أُو۟لُوا۟ ٱلْأَلْبَـٰبِ

Transliteration kitābun anzalnāhu ilayka mubārakun liyaddabbarū āyātihi waliyatadhakkara ulū l-albābi

Dhivehi ކީރިތި قُرْآن އަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށްބާވައިލެއްވި ފޮތެކެވެ. އޭގައި ގިނަ ހެޔޮތަކާއި ބަރަކާތްތައް އެކުލެވިގެންވާ މުބާރަކު ފޮތެކެވެ. އެފޮތްބާވާތްލެއްވީ އެފޮތުގެއާޔަތް ތަކަށްވިސްނާ ފިކުރު ކުރުމަށްޓަކައެވެ. (އަދި އޭގައިވާ ފަދައަކުން ޢަމަލުކުރުމަށްޓަކައެވެ. ހަމައެކަނި ކިޔަވައިލުމަށްޓަކައެއްނޫނެވެ.) ފަހެ ބުއްދިވެރި ވިސްނުންތެރިން އެފޮތުން نَصِيْحَة އާއި وَعْظُ ލިބިގަންނަހުށިކަމެވެ.

Verse 30

وَوَهَبْنَا لِدَاوُۥدَ سُلَيْمَـٰنَ ۚ نِعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ

Transliteration wawahabnā lidāwūda sulaymāna niʿ'ma l-ʿabdu innahu awwābun

Dhivehi އަދިތިމަންރަސްކަލާނގެ داود ގެފާނަށް سُلَيْمَانُ ގެފާނުން ދެއްވީމެވެ. (عَلَيْهِمَا السلام) އެއީ އެބަހީ سُلَيْمَانُ ގެފާނުންނަކީ ނިޢުމަތް ލިބެވިގެންވާ ރަނގަޅު އަޅާއެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ގިނަގިނައިން ތައުބާވެވަޑައިގަންނަވާ އަޅެކެވެ.

Verse 31

إِذْ عُرِضَ عَلَيْهِ بِٱلْعَشِىِّ ٱلصَّـٰفِنَـٰتُ ٱلْجِيَادُ

Transliteration idh ʿuriḍa ʿalayhi bil-ʿashiyi l-ṣāfinātu l-jiyādu

Dhivehi އެއްމޮއްގަޑު އުފުލައިގެންއޮންނަ ބާރަށްދުވާއަސް ހަވީރުގެވަގުތު އެކަލޭގެފާގެ އެބަހީ سُلَيْمَانُ ގެފާނުންގެ އަރިހަށް ގެނެވި ހުށައެޅުނުހަދާން ކުރައްވާ ބައްލަވާށެވެ!

Verse 32

فَقَالَ إِنِّىٓ أَحْبَبْتُ حُبَّ ٱلْخَيْرِ عَن ذِكْرِ رَبِّى حَتَّىٰ تَوَارَتْ بِٱلْحِجَابِ

Transliteration faqāla innī aḥbabtu ḥubba l-khayri ʿan dhik'ri rabbī ḥattā tawārat bil-ḥijābi

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން އަހުރެންގެ އަހަށްވާލޯބި އަހުރެންގެ رَبُّ އަށްވާލޯތްބަށްވުރެ އިސްކުރެވިއްޖެއެވެ. (عَصْرُ ނަމާދުވެސް އެއަހާއިހެދި ފާއިތުވީއެވެ.) އިރުއޮއްސެދެން އެއަހާއިގެން مَشْغُولُ ވެވުނީއެވެ.

Verse 33

رُدُّوهَا عَلَىَّ ۖ فَطَفِقَ مَسْحًۢا بِٱلسُّوقِ وَٱلْأَعْنَاقِ

Transliteration ruddūhā ʿalayya faṭafiqa masḥan bil-sūqi wal-aʿnāqi

Dhivehi އެކަލެގެފާނުން ވިދާޅުވިއެވެ. އެއަސް އަހުރެންނައި ހަމައަށް ގެންނާށެވެ. އަސްގެނެވުމުން އޭގެފައިދަޑީގައްޔާއި އޭގެކަރުގައި އަތްޕުޅު ކާއްތަވަންފެއްޓެވިއެވެ. * އަދި ބައެއްރިވާޔަތުގައިވާގޮތުން އޭތިކަތިލައި އޭގެކަރާއި އަތްފައިކެޑުއްވީއެވެ. (އެއީ އޭގެސަބަބުން ﷲގެ ذِكْرُ ން އެކަލޭގެފާނުން ހަދުމަނެތިނުވުމަށްޓަކައެވެ. والله أعلم)

Verse 34

وَلَقَدْ فَتَنَّا سُلَيْمَـٰنَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِۦ جَسَدًا ثُمَّ أَنَابَ

Transliteration walaqad fatannā sulaymāna wa-alqaynā ʿalā kur'siyyihi jasadan thumma anāba

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ سُلَيْمَانُ ގެފާނު إمْتِحَانُ ކުރެއްވީމެވެ. އަދި އެކަލޭގެފާނުގެ ގޮޑިކޮޅުގައި ތިމަންރަސްކަލާނގެ ހަށިގަޑެއް ނުވަތަ (ދެބައިކުޅައެއްބައިގެ އިންސާނެއް) ނުވަތަ ވާވެފައިވާ އިންސާނެއް ބެއިންދީމެވެ. ދެން އެކަލޭގެފާނުންތައުބާވެވަޑައިގެންނެވިއެވެ. ﷲ ގެ حَضْرَةُ އަށް رُجُوعَ ވެވަޑައިގެންނެވިއެވެ.\n* ދަންނައެވެ. صَحِيْحُ ގައި ރިވާވެގެންވާފަދައިން އެއްދުވަހަކު سُلَيْمَانُ ގެފާނުވިދާޅުވިއެވެ. މިރޭއަހުރެން ސަތޭކަޖާރިޔާއިންނާއި (އަދި އެހެން ރިވާޔަތެއްގައިވަނީ ނުވަދިހަ އަންހެނުންނާއި) جِمَاعُ ވާހުށީމެވެ. ދެން އޭރުން އެއިންކޮންމެ އަންހެނަކު ފިރިހެންކުއްޖަކު ވިހާނެއެވެ. ދެންއެކުއްޖާ ހަނގުރާމައިގެ ފަހުލަވާނަކަށްވެގެން ﷲ ގެމަގުގައި جِهَادُ ކުރާނެއެވެ. އެކަލޭގެފާނު އެހެންވިދާޅުވިހިދު إنْشَاء الله އެކޭވިދާޅެއްނުވެވުނެވެ. ދެން އެކަލޭގެފާނުން އަންހެނުންތަކާއި جِمَاعُ ވިއެވެ. އެހެންނަމަވެސް އެއިން އެންމެ އަންހެނެއްމެނުވީ ނުވިހައެވެ. އަދި ވިހެއިމީހާ ވިހެއީވެސް މީހެއްގެ އެއްބުރިއެވެ. ނުވަތަ އެއްބައި ވާވެފައިވާކުއްޖެކެވެ. އެކުއްޖާ ވިހެއިހިދުން سُلَيْمَانُ ގެފާނު ގެއަރިހަށް ގެނެވުނެވެ. އަދި އެކަލޭގެފާނުންގެ ރަސްމީ ގޮޑިކޮޅުގައި ބޭންދެވިއެވެ. މިއެވެ. ދެން އެކަލޭގެފާނު ތައުބާވެވަޑައިގެންނެވިއެވެ.

Verse 35

قَالَ رَبِّ ٱغْفِرْ لِى وَهَبْ لِى مُلْكًا لَّا يَنۢبَغِى لِأَحَدٍ مِّنۢ بَعْدِىٓ ۖ إِنَّكَ أَنتَ ٱلْوَهَّابُ

Transliteration qāla rabbi igh'fir lī wahab lī mul'kan lā yanbaghī li-aḥadin min baʿdī innaka anta l-wahābu

Dhivehi އެކަލޭގެފާނުން الله އަށް ދެންނެވިއެވެ. " އޭއަޅުގެ رَبُّ އެވެ! މިއަޅާގެފަހުން އެއްވެސްމީހަކަށް އެކަށީގެންނުވާވަރުގެ ވެރިކަމެއް މިއަޅާއަށް ދެއްވާދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ދެއްވާކަލާނގެއެވެ".

Verse 36

فَسَخَّرْنَا لَهُ ٱلرِّيحَ تَجْرِى بِأَمْرِهِۦ رُخَآءً حَيْثُ أَصَابَ

Transliteration fasakharnā lahu l-rīḥa tajrī bi-amrihi rukhāan ḥaythu aṣāba

Dhivehi ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި ވައި ކިޔަމަންކުރެއްވީމެވެ. އެކަލޭގެފާނުން ވިދާޅުވިތާކަށް އެލޭގެފާނުން ގޮވައިގެން ދަތުރުކުރެއެވެ. (މިވާހަކަ سَبَأَ ސޫރަތުގައިވެސް ބަޔާންވެގެންވެއެވެ.)

Verse 37

وَٱلشَّيَـٰطِينَ كُلَّ بَنَّآءٍ وَغَوَّاصٍ

Transliteration wal-shayāṭīna kulla bannāin waghawwāṣin

Dhivehi އަދި ޢިމާރާތްތަކާއި އެކިއެކިތަންތަން ބިނާކުރާ ކޮންމެ شَيْطَانُ އަކާއި އަދި ކަނޑުގެ އަޑިއަށްފީނާ ކޮންމެ شَيْطَانُ އަކާއި ވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ކިޔަމަންކޮށްދެއްވީމެވެ. (އެސޮރުމެން ކަނޑުގެ އަޑިން ރަންމުތާއި ޖަވާހިރު ނަގައެވެ.)

Verse 38

وَءَاخَرِينَ مُقَرَّنِينَ فِى ٱلْأَصْفَادِ

Transliteration waākharīna muqarranīna fī l-aṣfādi

Dhivehi އަދި އަނެއްބައި شَيْطَانُ ން ދަގަޑުގެ ޤައިދުތަކުގައި / ދަގަޑު ޗޭނުގައި ބަދެވިގެންވެއެވެ.

Verse 39

هَـٰذَا عَطَآؤُنَا فَٱمْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ

Transliteration hādhā ʿaṭāunā fa-um'nun aw amsik bighayri ḥisābin

Dhivehi އަދި (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) މިއީ ހައްތާވެސް ތިމަންރަސްކަލާނގެ ދެއްވާ ދެއްވުމެވެ. އެއިން ކަލޭގެފާނުންދެއްވާނެމީހަކަށް ދެއްވާނެވަރަކަށް ދެއްވާށެވެ! ނުވަތަ ނުދެއްވަންޏާ ނުދެއްވާށެވެ! ހިފަހައްޓަވާށެވެ. އޭގެ އެއްވެސް ހިސާބެއްނެތެވެ.

Verse 40

وَإِنَّ لَهُۥ عِندَنَا لَزُلْفَىٰ وَحُسْنَ مَـَٔابٍ

Transliteration wa-inna lahu ʿindanā lazul'fā waḥus'na maābin

Dhivehi ހަމަކަށަވަރުން އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حَضْرَةُ ގައި ގާތްކަމާއި ކުއްތަންވުން ވެއެވެ. އަދި އެނބުރިދާ ރަނގަޅުތަންވެއެވެ. އެއީސުވަރުގެއެވެ.

Verse 41

وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَـٰنُ بِنُصْبٍ وَعَذَابٍ

Transliteration wa-udh'kur ʿabdanā ayyūba idh nādā rabbahu annī massaniya l-shayṭānu binuṣ'bin waʿadhābin

Dhivehi (އޭ رَسُولُ الله އެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅު أَيُّوب عَلَيْه السّلآم ހަނދުމަފުޅު ކުރައްވާށެވެ އެކަލޭގެފާނު އެކަލޭގެފާނުންގެ رَبُّ އަށް ދުޢާދެންނެވި ހިނދުއެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) "ހަމަކަށަވަރުން މިއަޅާ ގައި شَيْطَانُ ބީހިއްޖެއެވެ. (ނުވަތަ شَيْطَانُ ޖަހައިފިއެވެ.) އޭނާގެފަރާތުން އުދަގުލާއި ގަދަރިހުމާ ވެއެވެ."

Verse 42

ٱرْكُضْ بِرِجْلِكَ ۖ هَـٰذَا مُغْتَسَلٌۢ بَارِدٌ وَشَرَابٌ

Transliteration ur'kuḍ birij'lika hādhā mugh'tasalun bāridun washarābun

Dhivehi (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) "ކަލޭގެފާނުންގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ." (ދެން އެކަލޭގެފާނު ފައިންޕުޅުން ޖެއްސެވިއެވެ. އަދި ޖެއްސެވުމުން އެތަނުންފެން އާރެއް އުފެދިއްޖެއެވެ. ދެން الله އެންގެވިއެވެ.) ތިޔަހުރީ ފެންވަރުއްވާނޭ ފިނިފެނެވެ. އަދި ހިއްޕަވާނޭ ފިނިހިއްޕެވުމެވެ. (ދެން އެކަލޭގެފާނުން އެފެނުން ފެންވަރުއްވައި ފެންފޮދު ހިއްޕެވުމުން އާލާސްކަންފުޅު މުޅިންފިލައްޖެއެވެ.)

Verse 43

وَوَهَبْنَا لَهُۥٓ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ

Transliteration wawahabnā lahu ahlahu wamith'lahum maʿahum raḥmatan minnā wadhik'rā li-ulī l-albābi

Dhivehi އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލެގެފާނުންގެ އަހުލުވެރިންނާއި އެމީހުންނާ އެކު އަދިއިތުރު އެހާވަރުދެއްވީމެވެ. (އެބަހީ އަހުލުވެރިން ޑަބަލްކޮށް ދެއްވީމެވެ.) އެއީ ތިމަންރަސްކަލާނގެ حَضْرَةُ ންވާ رَحْمَة އެއްގެ ގޮތުންނެވެ. އަދިބުއްދިވެރި ވިސްނުންތެރިންނަށް ވާ وَعْظُ نَصِيْحَةُ އެއްގެ ގޮތުންނެވެ. * ދަންނައެވެ. أَيُّوب عَلَيْه السّلآم އަކީ ދަރިންގިނަ މުދާގިނަ ބޭކަލަކު ކަމުގައިވިއެވެ. އާލާސްކަންފުޅު ޖެހުމާއެކީ އެހުރިހާކުދިން މަރުވެ އަދި މުދާވެސް ގެއްލިގެންދިޔައީއެވެ. ދެން އާލާސްކަންފުޅުގައި ﷲ އިރާދަކުރެއްވި ދުވަހަކު އޮންނެވުމަށްފަހު އެކަން ރަނގަޅުވުމުން އަލުންވެސް އެކުދިން ދިރުއްވައި އަދިއެޔާއެކު އޭގެއިތުރަށް އަދި އެހާކުދިން ދެއްވިކަމުގައި ވިއެވެ. އަދި މުދާވެސް އެހާގިނައިން ދެއްވިކަމުގައިވިއެވެ. = زُبْدَةُ التَّفْسِيْر އަދި أيْسَرُ التَّفَاسِيْر =

Verse 44

وَخُذْ بِيَدِكَ ضِغْثًا فَٱضْرِب بِّهِۦ وَلَا تَحْنَثْ ۗ إِنَّا وَجَدْنَـٰهُ صَابِرًا ۚ نِّعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ

Transliteration wakhudh biyadika ḍigh'than fa-iḍ'rib bihi walā taḥnath innā wajadnāhu ṣābiran niʿ'ma l-ʿabdu innahu awwābun

Dhivehi އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެނގެވީމެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅުން ހިކިދަޑި ބޮޑިއެއް ނުވަތަ އިހާގޮޑިއެއް ހިއްޕަވާށެވެ. އަދި އެއިން (އަނބިކަނބަލުން ގައިކޮޅުގައި) ޖައްސަވާށެވެ. އަދި ކަލޭގެފާނުންގެ ހުވައި އުވައި ނުލައްވާށެވެ. އެޔާއި خِلآفُ ވެވަޑައި ނުގަންނަވާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަލޭގެފާނު ދެކެވޮޑަގަންނަވަނީ ކެތްތެރި ބޭކަލަކު ކަމުގައެވެ. އަދި أَيُّوب عَلَيْه السّلآم އަކީ نِعْمَة ލިބިވަޑައިގެންވާ މާތްބޭކަލެކެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނު ގިނަގިނައިން الله އަށް ތައުބާވެވަޑައިގެން ރުޖޫޢަވެވަޑައި ގަންނަވައެވެ. * ދަންނައެވެ. أَيُّوب عَلَيْه السّلآم ގެ އެދިގުއާލަސްކަންފުޅުގައި އެންމެހައި އެކުވެރިންނާއި ރައްޓެހިންވެސް އެކަލޭގެފާނުދެކެ ބިރުންނާއި އަދިފޫހިވެގެން އެކަލޭގެފާނު ދޫކޮށްދިޔައީއެވެ. އަރިހުގައި އުޅުއްވީ ހަމައެކަނި އަނބި ކަނބަލުންނެވެ. އެދުވަސްވަރު އެކަމަނާގެ ފަރާތްޕުޅުން ހިގާދިޔަކޮންމެވެސް ކަމެއްގައި أَيُّوب عَلَيْه السّلآم ވިދާޅުވެފައިވަނީ އެކަމަނާގެ ގައިކޮޅުގައި ސަތޭކަ އެތިފަހަރު ޖެއްސެވުމަށެވެ. އެއީ ވަޢުދުއެއްގެ ގޮތުންނެވެ. އެހެންވެ އެވަޢުދު އެކަލޭގެފާނުންގެ ފަރާތްޕުޅުން ފުއްދެވުމަށްޓަކައި الله އެކަމަނާއަށް ލުއިކޮށްދެއްވުމަށް އެކަލޭގެފާނަށް އެންގެވީ ކުދި ދަޑީގެ ސަތޭކަ އެތިކޮޅުވާ ބޮޑިއަކުން ނުވަތަ ސަތޭކަ އެތިކޮޅުވާ އިހާގޮޑިއަކުން އެއްފަހަރު ޖެއްސެވުމަށެވެ. އޭރުން އެކުރެއްވި ހުވައިގެ ކަންތައްނިމުނީއެވެ. އެއީ އެކަމަނާއަށް الله ލެއްވި ބޮޑު رَحْمَة އެކެވެ.

Verse 45

وَٱذْكُرْ عِبَـٰدَنَآ إِبْرَٰهِيمَ وَإِسْحَـٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَـٰرِ

Transliteration wa-udh'kur ʿibādanā ib'rāhīma wa-is'ḥāqa wayaʿqūba ulī l-aydī wal-abṣāri

Dhivehi (އޭ رَسُولُ الله އެވެ!) އަދި ތިމަންރަސްކަލާނގެ މާތްއަޅުންކަމުގައިވާ ބޭކަލުން ހަނދުމަފުޅު ކުރައްވާށެވެ. (އެބޭކަލުންގެ ކެތްތެރިކަން ހަނދުމަފުޅު ކުރައްވާށެވެ.) އެއީ إِبْرَاهِيم އާއި إِسْحَاق އާއި އަދި يَعْقُوب (عَلَيْهِمُ السَّلآم) އެވެ. އެއީ އަޅުކަމަށް ބާރުފުޅުގަދަ އަދި މީސްތަކުންނަށް إحْسَان ތެރި އަދި ދީނުގެ ޢިލްމުގައި ވިސްނުންފުޅުގަދަ މާތްބޭކަލުންނެވެ.

Verse 46

إِنَّآ أَخْلَصْنَـٰهُم بِخَالِصَةٍ ذِكْرَى ٱلدَّارِ

Transliteration innā akhlaṣnāhum bikhāliṣatin dhik'rā l-dāri

Dhivehi ހަމަކަށަވަރުން آخِرَة ދުވަސް ހަދާން ކުރެއްވުމުންނާއި އީމާންވުމުގެ ގޮތުން ކަނޑައެޅިގެން ތިމަންރަސްކަލާނގެ އެބޭކަލުން خَاصَّ ކުރެއްވީމެވެ.

Verse 47

وَإِنَّهُمْ عِندَنَا لَمِنَ ٱلْمُصْطَفَيْنَ ٱلْأَخْيَارِ

Transliteration wa-innahum ʿindanā lamina l-muṣ'ṭafayna l-akhyāri

Dhivehi އަދި ހަމަކަށަވަރުން އެބޭކަލުން ތިމަންރަސްކަލާނގެ حَضْرَةُ ގައިވަނީ خَاصَّ ކުރެވި إخْتِيَارُ ކުރެވިގެންވާ ބޭކަލުންގެ ތެރެއިންވާ ބޭކަލުންކަމުގައެވެ.

Verse 48

وَٱذْكُرْ إِسْمَـٰعِيلَ وَٱلْيَسَعَ وَذَا ٱلْكِفْلِ ۖ وَكُلٌّ مِّنَ ٱلْأَخْيَارِ

Transliteration wa-udh'kur is'māʿīla wal-yasaʿa wadhā l-kif'li wakullun mina l-akhyāri

Dhivehi އަދި إسمَا عِيْل ގެފާނާއި اليَسَعُ ގެފާނާއި އަދި ذُو الكِفْلِ ގެފާނާއި (عَلَيْهِمُ السَّلآم) މިބޭބޭކަލުން ހަނދުމަފުޅުކުރައްވާށެވެ. މިހުރިހާބޭކަލުންވަނީ. خِيَارُ ކުރެވިގެންވާ ބޭކަލުންގެ ތެރެއިންނެވެ.

Verse 49

هَـٰذَا ذِكْرٌ ۚ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَـَٔابٍ

Transliteration hādhā dhik'run wa-inna lil'muttaqīna laḥus'na maābin

Dhivehi މިއީ (ދުނިޔޭގައި) އެބޭކަލުންނަށްވާ ރިވެތިވެގެންވާ ޒިކުރެވެ. ހަނދާންކޮށްދިނުމެވެ. އަދި ހަމަކަށަވަރުން تَقْوَىވެރިންނަށް އެނބުރިދާރަނގަޅުތަން ވެއެވެ.

Verse 50

جَنَّـٰتِ عَدْنٍ مُّفَتَّحَةً لَّهُمُ ٱلْأَبْوَٰبُ

Transliteration jannāti ʿadnin mufattaḥatan lahumu l-abwābu

Dhivehi އެއީ ޤާއިމުވެތިބޭ ބަގީޗާތަކެވެ. ސުވަރުގެ ތަކެވެ. އެބޭކަލުންނަށްޓަކައި އެތާގެ ދޮރުތައް ހުޅުވިގެންވެއެވެ. ނުވަތަ މަލާއިކަތްބޭކަލުން ހުޅުވައިދެއްވާނެއެވެ.

Verse 51

مُتَّكِـِٔينَ فِيهَا يَدْعُونَ فِيهَا بِفَـٰكِهَةٍ كَثِيرَةٍ وَشَرَابٍ

Transliteration muttakiīna fīhā yadʿūna fīhā bifākihatin kathīratin washarābin

Dhivehi އަދި އެބޭކަލުން އެތާގެ ސޯފާތަކުގައި ލެގިލައިގެން ތިއްބަވާނެއެވެ. އެތާތިއްބަވައިގެން އެކިބާވަތުގެ ގިނަމޭވާތަކަށާއި ގިނަ ބުއިންތަކަށް ވިދާޅުވާނެއެވެ.

Verse 52

۞ وَعِندَهُمْ قَـٰصِرَٰتُ ٱلطَّرْفِ أَتْرَابٌ

Transliteration waʿindahum qāṣirātu l-ṭarfi atrābun

Dhivehi އަދި އެބޭކަލުންގެއަރިހުގައި ފިރިންނާއި ދިމާއަށް ކަޅިހުއްޓުވައިގެންތިބޭ އެއް ޢުމުރެއްގެ ނުވަތަ ރީތިކަމުގެގޮތުން އެއްފެންވަރެއްގެ ޗާލު حُورَ العِيْن އަނބީން ތިއްބަވާނެއެވެ.

Verse 53

هَـٰذَا مَا تُوعَدُونَ لِيَوْمِ ٱلْحِسَابِ

Transliteration hādhā mā tūʿadūna liyawmi l-ḥisābi

Dhivehi ،(54) އަދި އެދުވަހުން އެމީހުންނަށް ނިދާ އިއްވެވޭނެއެވެ. ހަމަކަށަވަރުން މިނިއުމަތަކީ ހިސާބު ބައްލަވާދުވަހު ތިޔަބައިމީހުންނަށްދެއުމަށް ވަޢުދުކުރެވިގެންވާ ތިމަންރަސްކަލާނގެ ނިޢުމަތެވެ. ރިޒުޤެއެވެ. އެޔަށްހުސްވުމެއް ނުވެއެވެ. / ނިމުމެއްނެތެވެ.

Verse 54

إِنَّ هَـٰذَا لَرِزْقُنَا مَا لَهُۥ مِن نَّفَادٍ

Transliteration inna hādhā lariz'qunā mā lahu min nafādin

Dhivehi ،(54) އަދި އެދުވަހުން އެމީހުންނަށް ނިދާ އިއްވެވޭނެއެވެ. ހަމަކަށަވަރުން މިނިއުމަތަކީ ހިސާބު ބައްލަވާދުވަހު ތިޔަބައިމީހުންނަށްދެއުމަށް ވަޢުދުކުރެވިގެންވާ ތިމަންރަސްކަލާނގެ ނިޢުމަތެވެ. ރިޒުޤެއެވެ. އެޔަށްހުސްވުމެއް ނުވެއެވެ. / ނިމުމެއްނެތެވެ.

Verse 55

هَـٰذَا ۚ وَإِنَّ لِلطَّـٰغِينَ لَشَرَّ مَـَٔابٍ

Transliteration hādhā wa-inna lilṭṭāghīna lasharra maābin

Dhivehi تَقْوَىވެރިންނާ މެދުކަންތައްހުރީ އެފަދައިންނެވެ. އިސްވެދިޔަފަދައިންނެވެ. އަދި ހަމަކަށަވަރުން ނުކިޔަމަންތެރިންނަށް ހުރީ އެނބުރިދިއުމަށް އެންމެނުބައިތަނެވެ.

Verse 56

جَهَنَّمَ يَصْلَوْنَهَا فَبِئْسَ ٱلْمِهَادُ

Transliteration jahannama yaṣlawnahā fabi'sa l-mihādu

Dhivehi އެއީ ނަރަކައެވެ. އެމީހުން އެތާއަދާނެއެވެ. / ފިހެވޭނެއެވެ. އެއީވާ ނުބައި ތަންމައްޗެކެވެ.

Verse 57

هَـٰذَا فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ

Transliteration hādhā falyadhūqūhu ḥamīmun waghassāqun

Dhivehi މި عَذَابُ ފަހެ އެމީހުންއޭގެރަހަ ލިބިގަންނާށެވެ. އެއީ ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެނާއި ނަރަކަވަންތަވެރިންގެ ގައިންފައިބާ ލެޔާއި ދޮހާއި އަދިފާދިޔައެވެ.

Verse 58

وَءَاخَرُ مِن شَكْلِهِۦٓ أَزْوَٰجٌ

Transliteration waākharu min shaklihi azwājun

Dhivehi އަދި އެބާވަތުގެ އެހެނިހެން ޢަޒާބުތަކެވެ. އެއީ އެތައްބާވަތެކެވެ.

Verse 59

هَـٰذَا فَوْجٌ مُّقْتَحِمٌ مَّعَكُمْ ۖ لَا مَرْحَبًۢا بِهِمْ ۚ إِنَّهُمْ صَالُوا۟ ٱلنَّارِ

Transliteration hādhā fawjun muq'taḥimun maʿakum lā marḥaban bihim innahum ṣālū l-nāri

Dhivehi (ނަރަކަވަންތަވެރީންގެ ބަޔަކު ނަރަކައަށް އަޅައިލެވިއްޖެއްޔާ ނަރަކައިގެ ޒަބާނިއްޔަ މަލާއިކަތްބޭކަލުން ކުށްވެރިންގެ ބޮޑެތިމީހުންނަށް ވިދާޅުވާނެއެވެ.) މިއަލަށް ގެނެވުނުމީހުންމިއީ ކަލޭމެންނާއިއެކު ނަރަކައިގާވާނޭބައެކެވެ. އެމީހުންނަކަށް އެއްވެސް އުފާވެރިކަމެއްނެތެވެ. މަރުޙަބާއެއްނެތެވެ. ހަމަކަށަވަރުން އެމީހުން ނަރަކައަށް ވަންނާނެއެވެ. އެތާއަދާނެއެވެ.

Verse 60

قَالُوا۟ بَلْ أَنتُمْ لَا مَرْحَبًۢا بِكُمْ ۖ أَنتُمْ قَدَّمْتُمُوهُ لَنَا ۖ فَبِئْسَ ٱلْقَرَارُ

Transliteration qālū bal antum lā marḥaban bikum antum qaddamtumūhu lanā fabi'sa l-qarāru

Dhivehi އެމީހުން އެބަހީ (ފަހުން ގެންދެވުނު ދެރަމީހުން ބޮޑަތިމީހުންނަށް) ބުނާނެއެވެ. "އަދި ކިއެއްހެއްޔެ؟ ކަލޭމެންނަކަށް އެއްވެސް މަރުޙަބާއެއް އަދި އުފާވެރިކަމެއްނެތެވެ. އަހުރެމެން މިތަނަށްވެއްދީ ކަލޭމެންނެވެ. އަހުރެމެން މިތަނަށް ވަންނަންޖެހުނީ ކަލޭމެންގެ ސަބަބުންނެވެ." އެއީ ޤަރާރުވެތިބުން ނުބައިވެގެންވާތަނެކެވެ.

Verse 61

قَالُوا۟ رَبَّنَا مَن قَدَّمَ لَنَا هَـٰذَا فَزِدْهُ عَذَابًا ضِعْفًا فِى ٱلنَّارِ

Transliteration qālū rabbanā man qaddama lanā hādhā fazid'hu ʿadhāban ḍiʿ'fan fī l-nāri

Dhivehi އެމީހުން (އެބަހީ ނަރަކައަށްވަތް ދަށުފަންތީގެމީހުން) ދަންނަވާނެއެވެ. "އޭ އަޅަމެންގެ رَبُّ އެވެ! އަޅަމެން މިތަނަށްވެއްދިމީހާ ދަންނައެވެ. ފަހެ އޭނާއަށް ނަރަކައިގާ އެތައްގުނައެއްގެ عَذَابُ ގިނަ ކޮށްދެއްވާށެވެ!"

Verse 62

وَقَالُوا۟ مَا لَنَا لَا نَرَىٰ رِجَالًا كُنَّا نَعُدُّهُم مِّنَ ٱلْأَشْرَارِ

Transliteration waqālū mā lanā lā narā rijālan kunnā naʿudduhum mina l-ashrāri

Dhivehi އަދިއެމީހުން ބުނާނެއެވެ. (އެބަހީ ނަރަކަވަންތަވެރިންގެ ބޮޑެތިމީހުން ބުނާނެއެވެ.) "އަހުރެމެން އެމީހުންނަކީ ނުބައިމީހުން ކަމުގައި ހިމަނައި އުޅުނުމީހުން އަހުރެމެންނަށް ނުފެންނަނީ ކީއްވެގެންބާވައެވެ؟ (އެމީހުންގެ މިބަހުން ގަސްދުކުރެވެނީ މުއުމިނުންކުރެ ދެރަ ފަޤީރުންނެވެ.)

Verse 63

أَتَّخَذْنَـٰهُمْ سِخْرِيًّا أَمْ زَاغَتْ عَنْهُمُ ٱلْأَبْصَـٰرُ

Transliteration attakhadhnāhum sikh'riyyan am zāghat ʿanhumu l-abṣāru

Dhivehi (ދުނިޔޭގައި) އަހުރެމެން އެމީހުންނަށް މަލާމާތްކޮށް ހެދީމެވެ. ނުވަތަ އެމީހުންގެފަރާތުން ކަހައިލައިގެން (އަހުރެމެންގެ) ލޯތައް ދިޔާހެއްޔެވެ؟

Verse 64

إِنَّ ذَٰلِكَ لَحَقٌّ تَخَاصُمُ أَهْلِ ٱلنَّارِ

Transliteration inna dhālika laḥaqqun takhāṣumu ahli l-nāri

Dhivehi ހަމަކަށަވަރުން އިސްވެދިޔަފަދައިން (ނަރަކަވަންތަވެރިންގެ މެދުގައިވާ) ނަރަކައިގެ އަހުލުވެރިންގެ އަރައިރުންތަކާއި ވާހަކަތައްއެއީ حَقُّ ވާހަކަތަކެކެވެ.

Verse 65

قُلْ إِنَّمَآ أَنَا۠ مُنذِرٌ ۖ وَمَا مِنْ إِلَـٰهٍ إِلَّا ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ

Transliteration qul innamā anā mundhirun wamā min ilāhin illā l-lahu l-wāḥidu l-qahāru

Dhivehi (އޭ رَسُولُ الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުވާކަން ކަށަވަރީ އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައެވެ. (އެއީ ނުކިޔަމަންތެރިންނަށް ﷲ ގެ عَذَابُ އާއި ކޯފާހުރިކަމުގެ އިންޒާރެވެ. އެކަމާ މެދު ބިރުގެންނެވުމެވެ.) އަދި ﷲ މެނުވީ އަޅުކަން އެފަރާތަކަށް ވެވުން حَقُّ އެއްވެސް إلَه އަކުނުވެއެވެ. އެކަލާނގެއީ އެއްކައުވަންތަ ގަދަފަދަވަންތަ ކަލާނގެއެވެ.

Verse 66

رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلْعَزِيزُ ٱلْغَفَّـٰرُ

Transliteration rabbu l-samāwāti wal-arḍi wamā baynahumā l-ʿazīzu l-ghafāru

Dhivehi އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތި ހައްދަވައި ބަލަހައްޓަވާ އެތަކެތީގެ رَبُّ އެވެ. އެއީ ގަދަފަދަ ވަންތަ އަދި ގިނަގިނައިން ފާފަ ފުއްސަވާ ކަލާނގެއެވެ.

Verse 67

قُلْ هُوَ نَبَؤٌا۟ عَظِيمٌ

Transliteration qul huwa naba-on ʿaẓīmun

Dhivehi (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު މިއަންގަވާ عَذَابُ ގެ ވާހަކައާއި تَوْحِيْد ގެ خَبَرُ ތަކަކީ ބޮޑުވެގެންވާ خَبَرُ ތަކެކެވެ. އެއީކުޑައެއްޗެއްކަމުގައި ނުބަލާށެވެ.

Verse 68

أَنتُمْ عَنْهُ مُعْرِضُونَ

Transliteration antum ʿanhu muʿ'riḍūna

Dhivehi އެ خَبَرُ ތަކާމެދު ކަނޑައެޅިގެން ކަލޭމެން ތިޔަވަނީ ޤަބޫލުނުކޮށް ފުރަގަސްދީގެންނެވެ.

Verse 69

مَا كَانَ لِىَ مِنْ عِلْمٍۭ بِٱلْمَلَإِ ٱلْأَعْلَىٰٓ إِذْ يَخْتَصِمُونَ

Transliteration mā kāna liya min ʿil'min bil-mala-i l-aʿlā idh yakhtaṣimūna

Dhivehi އަދި މާތްވެގެންވާ مَلإ الأَعْلَى ގައި މަލާއިކަތްބޭކަލުން (އާދަމުގެ ފާނުންގެ ކަންތަކާއިމެދު) ބަސްފުޅު ތަފާތު ވީހިނދު (ތިމަންކަލޭގެފާނަށް وَحِي ބާވާތްލެއްވުމުގެކުރިން) އެއްވެސް خَبَرُ އެއް ތިމަންކަލޭގެފާނަށް އެގިވަޑައިނުގަންނަވައެވެ.

Verse 70

إِن يُوحَىٰٓ إِلَىَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٌ مُّبِينٌ

Transliteration in yūḥā ilayya illā annamā anā nadhīrun mubīnun

Dhivehi ތިމަންކަލޭގެފާނީ ކަނޑައެޅި ބަޔާންވެގެންވާ ނަޒީރަކު ކަމުގައިމެނުވީ ނުވެއެވެ. ތިމަންކަލޭގެފާނަށް وَحِي އިއްވެވިގެންވަނީ އެފަދައިންނެވެ.

Verse 71

إِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى خَـٰلِقٌۢ بَشَرًا مِّن طِينٍ

Transliteration idh qāla rabbuka lil'malāikati innī khāliqun basharan min ṭīnin

Dhivehi (އޭ رَسُولُ الله އެވެ!) = މަލާއިކަތްބޭކަލުންނަށް ކަލޭގެފާނުންގެ ربَ وَحِي ކުރެއްވި ހިނދު ހަނދުމަފުޅު ކުރައްވާށެވެ. އެކަލާނގެ وَحِي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ މަށީން އާދަމުގެ ދަރިއަކު ހައްދަވާނެ ކަލަކީމެވެ.

Verse 72

فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَـٰجِدِينَ

Transliteration fa-idhā sawwaytuhu wanafakhtu fīhi min rūḥī faqaʿū lahu sājidīna

Dhivehi ފަހެ ތިމަންރަސްކަލާނގެ އެހެއްދެވުން ފުރިހަމަކުރައްވައި ބަރާބަރު ކުރައްވައިފިއްޔާ އަދިއެހަށިކޮޅަށް ތިމަންރަސްކަލާނގެ ތިމަންރަސްކަލާނގެ رُوْحُ ން ފުމެލައްވައިފިއްޔާ ތިޔަބޭކަލުން އެކަލޭގެފާނަށްޓަކައި (ސަލާލުގެ) ސަޖިދަކުރައްވާ ޙާލު ތިރިވެވަޑައި ގަންނަވާށެވެ. ސަޖިދަ ކުރައްވާށެވެ.

Verse 73

فَسَجَدَ ٱلْمَلَـٰٓئِكَةُ كُلُّهُمْ أَجْمَعُونَ

Transliteration fasajada l-malāikatu kulluhum ajmaʿūna

Dhivehi (ދެން ފަހެ އެކަލާނގެ އެކަލޭގެފާނު ހައްދަވައި ފުރިހަމަކުރެއްވުމަށްފަހު) އިބުލީސުމެނުވީ އެއެންމެހައި މަލާއިކަތް ބޭކަލުން ސަޖިދަކުރައްވައިފިއެވެ.

Verse 74

إِلَّآ إِبْلِيسَ ٱسْتَكْبَرَ وَكَانَ مِنَ ٱلْكَـٰفِرِينَ

Transliteration illā ib'līsa is'takbara wakāna mina l-kāfirīna

Dhivehi އެއިބުލީސު ސަޖިދަނުކުރިއެވެ. އޭނާބޮޑާވެގެންފިއެވެ. އަދި އޭނާވީ ކާފަރުންގެ ތެރެއިންނެވެ.

Verse 75

قَالَ يَـٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ

Transliteration qāla yāib'līsu mā manaʿaka an tasjuda limā khalaqtu biyadayya astakbarta am kunta mina l-ʿālīna

Dhivehi الله تَعَالَى އޭނާއަށް وَحِي ކުރެއްވިއެވެ. "އޭ އިބުލީސުއެވެ. ތިމަންރަސްކަލާނގެ ދެއަތްޕުޅުން ހެއްދެވި مَخْلُوقُ އަކަށް ސަޖިދަ ކުރަން އެންގީމާ (آدَم عَلَيْهِ السلام އަށްސަޖިދަކުރަންއެންގީމާ) ކަލޭއެސަޖިދަކުރުމުން މަނާކުރީ ކޮން ކަމެއްހެއްޔެވެ؟ ސަޖިދަ ނުކުރީ ކީއްވެހެއްޔެވެ؟ ކަލޭ ބޮޑާވެ ކިބުރުވެރިވީހެއްޔެވެ؟ ކަލެއަކީ މާމަތީމީހުންގެތެރެއިންވާ މީހަކަށްވީހެއްޔެވެ؟ (ނުވަތަމީގެކުރީގައި ކަލޭވީ ބޮޑާމީހަކު ކަމުގައި ހެއްޔެވެ؟"

Verse 76

قَالَ أَنَا۠ خَيْرٌ مِّنْهُ ۖ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ

Transliteration qāla anā khayrun min'hu khalaqtanī min nārin wakhalaqtahu min ṭīnin

Dhivehi އެސޮރުދެންނެވިއެވެ."މިއަޅާއޭނައަށްވުރެ (އާދަމުގެފާނަށްވުރެ) މާހެޔޮވެގެންވެއެވެ. އިބަރަސްކަލާނގެ މިއަޅާ ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އޭނާ ހެއްދެވީ މަށީންނެވެ. (آدَم عَلَيْهِ السلام) ހެއްދެވީ މަށިންނެވެ."

Verse 77

قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ

Transliteration qāla fa-ukh'ruj min'hā fa-innaka rajīmun

Dhivehi الله تَعَالَى އޭނާއަށް وَحِي ކުރެއްވިއެވެ. އޭ އިބުލީސުއެވެ. ފަހެކަލޭ އެތަނުން ނުކުންނާށެވެ. ސުވަރުގެއިން ނުކުންނާށެވެ. ހަމަކަށަވަރުން ކަލެއަކީ ރަޖީމެވެ. އެބަހީ ހެޔޮކަމުން ދުރުވެގެންވާމީހެކެވެ. ނުވަތަ ތަރިންޖެހެވި ރަޖަމު ކުރެވޭނެމީހެކެވެ.

Verse 78

وَإِنَّ عَلَيْكَ لَعْنَتِىٓ إِلَىٰ يَوْمِ ٱلدِّينِ

Transliteration wa-inna ʿalayka laʿnatī ilā yawmi l-dīni

Dhivehi އަދި ހަމަކަށަވަރުން ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭގެމައްޗަށް ތިމަންރަސްކަލާނގެ لَعْنَة ހުއްޓެވެ.

Verse 79

قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ

Transliteration qāla rabbi fa-anẓir'nī ilā yawmi yub'ʿathūna

Dhivehi އެސޮރުދެންނެވިއެވެ. "އޭއަޅުގެ رَبّ އެވެ. (مَحْشَرُ އަށް) ފޮނުވޭދުވަހާއި ހަމައަށް މިއަޅާއަށް ތަންވަޅު ދެއްވާދެވެ. މުހުލަތު ދެއްވާދޭވެ. ނުމަރުއްވާދޭވެ".

Verse 80

قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ

Transliteration qāla fa-innaka mina l-munẓarīna

Dhivehi ،(81) އެކަލާނގެ وَحِي ކުރެއްވިއެވެ. "ހަމަކަށަވަރުން ކަނޑައެޅި އެގިގެންވާ ދުވަހާއި ހަމައަށް ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭވަނީ މުހުލަތު ދެވިގެންވާމީހުންގެތެރެއިންނެވެ".

Verse 81

إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ

Transliteration ilā yawmi l-waqti l-maʿlūmi

Dhivehi ،(81) އެކަލާނގެ وَحِي ކުރެއްވިއެވެ. "ހަމަކަށަވަރުން ކަނޑައެޅި އެގިގެންވާ ދުވަހާއި ހަމައަށް ޤިޔާމަތް ދުވަހާއި ހަމައަށް ވެސް ކަލޭވަނީ މުހުލަތު ދެވިގެންވާމީހުންގެތެރެއިންނެވެ".

Verse 82

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ

Transliteration qāla fabiʿizzatika la-ugh'wiyannahum ajmaʿīna

Dhivehi އެސޮރުދެންނެވިއެވެ." އޭއަޅުގެ رَبُّ އެވެ. އިބަރަސްކަލާނގެ عِزَّة ވަންތަކަން ގަންދީ ދަންނަވަމެވެ. ހަމަކަށަވަރުން އެ އެހުރިހާ މީހުން މަގުފުރައްދާ ހުށީމެވެ.

Verse 83

إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ

Transliteration illā ʿibādaka min'humu l-mukh'laṣīna

Dhivehi އެމީހުންކުރެ އިބަރަސްކަލާނގެ إخْلآص ތެރި އަޅުންމެނުވީ އެވެ".

Verse 84

قَالَ فَٱلْحَقُّ وَٱلْحَقَّ أَقُولُ

Transliteration qāla fal-ḥaqu wal-ḥaqa aqūlu

Dhivehi އެކަލާނގެ وَحِي ކުރެއްވިއެވެ. "ފަހެ ތިމަންރަސްކަލާނގެ حَضْرَةُ ންވާ حَقُّ އެކެވެ. = އަދި ތިމަންރަސްކަލާނގެ މި وَحِي ކުރައްވަނީ حَقُّ ބަސްފުޅެވެ.

Verse 85

لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ

Transliteration la-amla-anna jahannama minka wamimman tabiʿaka min'hum ajmaʿīna

Dhivehi ހަމަކަށަވަރުން ނަރަކަ ފުރައިލާހުށީ ކަލޭގެ ކިބައިންނާއި އަދި އެމީހުންގެތެރެއިން ކަލެއާއި ތަބާވީބަޔަކު އަޅައިގެންނެވެ. (މިއީ حَقُّ ބަސްފުޅެވެ.) "

Verse 86

قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ وَمَآ أَنَا۠ مِنَ ٱلْمُتَكَلِّفِينَ

Transliteration qul mā asalukum ʿalayhi min ajrin wamā anā mina l-mutakalifīna

Dhivehi (އޭ رَسُولُ الله އެވެ!) ކަލޭގެފާ ވިދާޅުވާށެވެ. ކަލޭމެންގެ ކިބައިން އެކަމުގެމައްޗަށް (އެބަހީ ރަސޫލުކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ނޭދެމެވެ. އަދި އަމިއްލައަށް ބަސްއުފައްދާ ދޮގުތައްހަދާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. (އަދި قُرْآن އެއީ އަހުރެން އުފައްދައިގަތް އެއްޗެއްނޫނެވެ.)

Verse 87

إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ

Transliteration in huwa illā dhik'run lil'ʿālamīna

Dhivehi އެ قُرْآن އެއީ عَالَم ތަކަށްވާ وَعْظُ نَصِيْحَة އެއްކަމުގައިމެނުވީ ނުވެއެވެ.

Verse 88

وَلَتَعْلَمُنَّ نَبَأَهُۥ بَعْدَ حِينٍۭ

Transliteration walataʿlamunna naba-ahu baʿda ḥīnin

Dhivehi (އޭ އެންމެހައި މީސްތަކުންނޭވެ.) އަދިހަމަކަށަވަރުން ކުޑަ މުއްދަތަކަށްފަހު އެ قُرْآن ގެ خَبَرُ - ކަލޭމެންނަށް އެގިދާނެއެވެ. (އެއީ އިސްލާދީން ކުރިއަރައި رَسُولُ الله ﷺ ގެ ކަންތައްމަތިވެރިވެކާމިޔާބު ވުމުންނެވެ. ނުވަތަ ކަލޭމެންމަރުވުމުންނެވެ. وَالله أعلم.

Read Surah Sad in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.