MyDugsiStart learning

Surah Qaf in Dhivehi: translation and audio

Surah 50 · ق · The Letter "Qaf" · 45 verses

Surah Qaf verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Qaf word by word in English.

Verse 1

قٓ ۚ وَٱلْقُرْءَانِ ٱلْمَجِيدِ

Transliteration qaf wal-qur'āni l-majīdi

Dhivehi ق: މިއަކުރުގެމާނައެއް އަދި މުރާދެއް މޮޅަށްދެނެވޮޑިގެންވަނީ ހަމަ الله އެވެ. މާތްވެގެންވާ މި قُرْآن ގަންދެއްވައި ތިމަންރަސްކަލާނގެ ހުވައި وَحِي ކުރައްވައެވެ. (ހަމަކަށަވަރުން مُحَمّدُ ގެފާނަކީ އަމާނާތްތެރި ވެގެންވާ ރަސޫލު ބޭކަލެކެވެ. ނުވަތަ ކަލޭމެން މަރުވުމަށްފަހު مَحْشَرُ އަށް ފޮނުވޭނެކަމީ ކަށަވަރުކަމެކެވެ. މިދެގޮތަށް މިހުވައިގެ ޖަވާބު މުފައްސިރުން ބަޔާންކުރައްވައެވެ.)

Verse 2

بَلْ عَجِبُوٓا۟ أَن جَآءَهُم مُّنذِرٌ مِّنْهُمْ فَقَالَ ٱلْكَـٰفِرُونَ هَـٰذَا شَىْءٌ عَجِيبٌ

Transliteration bal ʿajibū an jāahum mundhirun min'hum faqāla l-kāfirūna hādhā shayon ʿajībun

Dhivehi އަދިކިއެއް ހެއްޔެވެ. އެމީހުން އެބަހީ މައްކާގެ މުޝްރިކުން އެ ޢަޖާއިބުވީ އެމީހުނގެ ގާތަށް އެމީހުންގެތެރެއިން އިންޒާރުކުރައްވާ ބޭކަލަކު ވަޑައިގަތުމުންނެވެ. އެބޭކަލަކީ مُحَمّدُ ގެފާނެވެ. އެކާފަރުންބުނީ އެއީ ބޮޑު ޢަޖާއިބެއްކަމަށެވެ. (އެކަލޭގެފާނު އެދައްކަވާ ވާހަކައެއީ عَجَائِبُ ވާހަކައެކެވެ.)

Verse 3

أَءِذَا مِتْنَا وَكُنَّا تُرَابًا ۖ ذَٰلِكَ رَجْعٌۢ بَعِيدٌ

Transliteration a-idhā mit'nā wakunnā turāban dhālika rajʿun baʿīdun

Dhivehi އަޅެފަހެ އަހުރެމެން މަރުވުމަށްފަހު އަދި އަހުރެމެން ވެއްޔަށްވުމަށްފަހުގައި އަލުން އަހުރެމެން ދިރިގެން އަންނާނެ ހެއްޔެވެ؟ އެއީ ދުރުވެގެންވާ رُجُوعَ ވުމެކެވެ.

Verse 4

قَدْ عَلِمْنَا مَا تَنقُصُ ٱلْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَـٰبٌ حَفِيظٌۢ

Transliteration qad ʿalim'nā mā tanquṣu l-arḍu min'hum waʿindanā kitābun ḥafīẓun

Dhivehi ދެންފަހެ ކާފަރުންގެ އެބަހުގެ ޖަވާ الله އެދެއްވަނީ މިފަދައިންނެވެ. ހަމަކަށަވަރުން އެމީހުންގެ ކިބައިން ބިންގަނޑު މަދުކުރާތަކެތި އެބަހީ އެމީހުންގެ ހަށިތަކުން ވީރާނާވެގެންދާވަރާ ފީވެދާވަރު ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ތިމަން ރަސްކަލާނގެ حَضْرَةُ ގައި އެހުރިކަމެއްނޯޓު ކުރައްވައި ރައްކާތެރި ކުރައްވާފައިވާ ފޮތެއް ވެއެވެ.

Verse 5

بَلْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ فَهُمْ فِىٓ أَمْرٍ مَّرِيجٍ

Transliteration bal kadhabū bil-ḥaqi lammā jāahum fahum fī amrin marījin

Dhivehi އަދި ކިއެއްހެއްޔެވެ؟ އެމީހުންގެ ގާތަށް حَقُّ އައިހިދުން އެމީހުން حَقُّ ދޮގުކުރީ އެވެ. (އެބަހީ އެމީހުންގެ ގާތަށް حَقُّ ކަމުގައިވާ قُرْآن އައިހިދުން އެމީހުން އެއްވެސް ފިކުރެއްބެލުމެއްނެތި ދޮގުކުރީއެވެ.) ފަހެ އެމީހުންވަނީ އެ قُرْآن އާއި މެދު އެކަތި އަނެކެއްޗަށް މައްސުނި ކުރެވިގެންވާ އޮޅުން ބޮޅުމެއްގެ ތެރޭގައެވެ. (އެއްބަޔަކު ބުނީ އެއީ ސިޙުރެއްކަމަށެވެ. އަނެއްބަޔަކުބުނީ އިސްވެދިޔަމީހުންގެ ދޮގުވާހަކަތަކެއްކަމަށެވެ. އަދި އަނެއްބަޔަކުބުނީ އެއީ ކަހާނަތެއްކަމަށެވެ. ދެންމިހެންގޮސް ތަފާތު އެތައްވާހަކައެކެވެ.)

Verse 6

أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَـٰهَا وَزَيَّنَّـٰهَا وَمَا لَهَا مِن فُرُوجٍ

Transliteration afalam yanẓurū ilā l-samāi fawqahum kayfa banaynāhā wazayyannāhā wamā lahā min furūjin

Dhivehi އެމީހުންގެ މަތީގައިވާ އުޑަށް އެމީހުންފަހެ ނުބަލަނީ ހެއްޔެވެ؟ ތިމަންރަސްކަލާނގެ އެއުޑު ހައްދަވާފައި ވަނީ ކޮންފަދައަކުންކަން އަދި ތިމަންރަސްކަލާނގެ އެއުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކިހިނެއްކަމާއި މެދު އެމީހުން ވިސްނާ ނުހަދަނީ ބާވައެވެ؟ އަދި އެއަކަށް އެއްވެސް ރެދެއް / ފެޅުމެއް ނުވެއެވެ. ބާކޮޅެއް ނުވެއެވެ.

Verse 7

وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۭ بَهِيجٍ

Transliteration wal-arḍa madadnāhā wa-alqaynā fīhā rawāsiya wa-anbatnā fīhā min kulli zawjin bahījin

Dhivehi އަދި ބިންގަނޑު (ދަންނައެވެ. އެބިންގަނޑު ތިމަންރަސްކަލާނގެ ދަންމަވާ ފެތުރުއްވީމެވެ. އަދި ތިމަން ރަސްކަލާނގެ އޭގައި ފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އޭގައި ރިވެތި އަދި ފުރިހަމަ ކޮންމެބާވަތަކުންވެސް ޖޯޑު ޖޯޑު ގެ ފަތްޕިލާވެލި ފެޅުއްވީމެވެ.

Verse 8

تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ

Transliteration tabṣiratan wadhik'rā likulli ʿabdin munībin

Dhivehi އެކަންތައްތައް އެހެން އެލެއްވީ الله އަށް ތައުބާވެ ރުޖޫޢަވާ ކޮންމެ އަޅަކު ވިސްނާ ފިކުރުކޮށް އަދި وَعْظُ نَصٍيْحَة ލިބިގަތުމަށްޓަކައެވެ.

Verse 9

وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءً مُّبَـٰرَكًا فَأَنۢبَتْنَا بِهِۦ جَنَّـٰتٍ وَحَبَّ ٱلْحَصِيدِ

Transliteration wanazzalnā mina l-samāi māan mubārakan fa-anbatnā bihi jannātin waḥabba l-ḥaṣīdi

Dhivehi އަދި ތިމަންރަސްކަލާނގެ އުޑުން = ބަރަކާތްތެރި ފެނެއް ވެއްސެވީމެވެ. އެފެނުން ބަގީޗާތަކާއި އަދި ގޮވާމުގެ ގޮތުގައި ކެޑެވޭ އޮއްޓަރުވެސް ތިމަންރަސްކަލާނގެ ފަޅުއްވަމެވެ.

Verse 10

وَٱلنَّخْلَ بَاسِقَـٰتٍ لَّهَا طَلْعٌ نَّضِيدٌ

Transliteration wal-nakhla bāsiqātin lahā ṭalʿun naḍīdun

Dhivehi އަދި މޭވާ އަޅާ ދިގު ކަދުރު ރުއްތަކާއި އެކަތިމައްޗަށް އަނެކަތި އަރާ ފުރިބާރުވެފައިވާ މޭވާގެ އެއްތައް އެއަށްވާ އެރުއްތައް ތިމަންރަސްކަލާނގެ އެފެނުން ފެޅުއްވީމެވެ.

Verse 11

رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ ٱلْخُرُوجُ

Transliteration riz'qan lil'ʿibādi wa-aḥyaynā bihi baldatan maytan kadhālika l-khurūju

Dhivehi އެއީ އަޅުތަކުންނަށްވާ ރިޒުގެއްގެ ގޮތުންނެވެ. އަދި އެފެނުން މަރުވެ ހަނަފަސްވެފައިވާ ރަށް ރަށް ތިމަންރަސްކަލާނގެ ދިރުއްވަމެވެ. މީސްތަކުން ނުކުތުންވަނީ އެފަދައިންނެވެ. (އެބަހީ مَحْشَرُ އަށް ދިއުމަށްޓަކައި ކަށްވަޅުތަކުންމީސްތަކުން ނުކުންނާނީ ވާރޭވެހުނީމާ ބިމުންގަސްތައް ފަޅައިގެން ނުކުމެގަންނަގޮތަށެވެ. އެފަދައިންނެވެ.\nދަންނައެވެ. އުޑު އެއްވެސް ތަނބަކާއިނުލައި އުފުއްލަވައި އެހާރީތިކޮށް ވަރުގަދަކޮށް ޒީނަތްތެރިކޮށް ހައްދަވައި އަދި ބިންގަނޑު ފަތުރުއްވައި ތަނަވަސްކުރައްވައި ގަސްގަހާގެހީގެ ނިޢުމަތުންފުރުއްވައި މަތިންވާރޭ ވެއްސަވައި އަދިމިނޫންވެސް މިބޮޑު ކާއިނާތުގެގެ އެންމެހައި ތަކެތި ހައްދަވައި މިފުރިހަމަ ނިޒާމުގެމަތިން ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު ދެވަނަފަހަރަށް ދިރުއްވާ مَحْشَرُ ކުރެއްވުން އެއްވެސްގޮތަކުން ދަތިނުވާނޭކަން ކޮންމެ ސަލާމަތް ބުއްދިއްކަށް އެނގޭނެއެވެ.

Verse 12

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَـٰبُ ٱلرَّسِّ وَثَمُودُ

Transliteration kadhabat qablahum qawmu nūḥin wa-aṣḥābu l-rasi wathamūdu

Dhivehi އަދި އެމީހުންގެކުރީގައި އެބަހީ قُرَيْش ންގެކުރީގައި نُوحُ عَليهِ السلام ގެ ޤައުމުގެމީހުން އަދިأُخْدُوْدُ އެވެ ކިއުނު ވަޅުގަޑުގެ އެކުވެރިންނާއި އަދި صَالِحُ عَليهِ السلام ގެ ޤައުމުގެމީހުންނާއި

Verse 13

وَعَادٌ وَفِرْعَوْنُ وَإِخْوَٰنُ لُوطٍ

Transliteration waʿādun wafir'ʿawnu wa-ikh'wānu lūṭin

Dhivehi އަދި عَاد ބާގައިގެ މީހުންނާއި އަދި فِرْعَوْن އާއި އަދި لُوط ގެފާނުންގެ أَخُ ންވެސް (ރަސޫލުން ދޮގުކުރިއެވެ.)

Verse 14

وَأَصْحَـٰبُ ٱلْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ

Transliteration wa-aṣḥābu l-aykati waqawmu tubbaʿin kullun kadhaba l-rusula faḥaqqa waʿīdi

Dhivehi އަދި أيكة އެވެކިއުނު ރަށުގެމީހުންނާއި (އެއީ شُعَيْبُ عَليهِ السلام ފޮނުއްވުނު ޤައުމެކެވެ.) އަދި تبّع ގެ މީހުންނާއި މިހުރިހާމީހުން ރަސޫލުން ދޮގުކުރީ އެވެ. ދެން ފަހެ އެމީހުންނަށް ކޯފާއާއި ބިރުވެރިކަމުގެ ބަސްފުޅު حَقُّ ވީއެވެ. ދަންނައެވެ. تُبَّعُ އަކީ يَمَنُ ކަރައިގެ قَبِيْلَة އެކެވެ.

Verse 15

أَفَعَيِينَا بِٱلْخَلْقِ ٱلْأَوَّلِ ۚ بَلْ هُمْ فِى لَبْسٍ مِّنْ خَلْقٍ جَدِيدٍ

Transliteration afaʿayīnā bil-khalqi l-awali bal hum fī labsin min khalqin jadīdin

Dhivehi އަޅެފަހެ ފުރަތަމަ ހެއްދެވުމަށް ތިމަންރަސްކަލާނގެ ވަރުބަލިވީހެއްޔެވެ؟ ނުވަތަ ނުކުޅެދިވޮޑިގެން ނެވީ ހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. އެމީހުން އެވަނީ ދެވަނަފަހަރަށް ހެއްދެވުމާއިމެދު އޮޅުމެއްގެ ތެރޭގައެވެ.

Verse 16

وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ

Transliteration walaqad khalaqnā l-insāna wanaʿlamu mā tuwaswisu bihi nafsuhu wanaḥnu aqrabu ilayhi min ḥabli l-warīdi

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެ ދެނެވޮޑިގެން ވަމެވެ. އޭނާގެ ނަފުސުގެތެރެއަށް ވަދެނުކުމެވާ އެންމެހައި ޚިޔާލުތަކާއި ކަންތައްތަކެއް އަދި ތިމަންރަސްކަލާނގެ އޭނާގެ ކަނދުރާގައިވާ ނާރަށްވުރެވެސް އޭނާޔާއި ގާތްވެގެންވެއެވެ.

Verse 17

إِذْ يَتَلَقَّى ٱلْمُتَلَقِّيَانِ عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ قَعِيدٌ

Transliteration idh yatalaqqā l-mutalaqiyāni ʿani l-yamīni waʿani l-shimāli qaʿīdun

Dhivehi ދެމަލާއިކަތްބޭކަލުން އޭނާޔާއި ބައްދަލުކުރާހިނދު (ހަނދުމަފުޅު ކުރައްވާށެވެ.) އެދެބޭކަލުން އޭނާގެ ކަނާތްފަރާތާއި ވައަތްފަރާތުން އިށީދެވަޑައިގެން / އިންތިޒާރުގައި ތިއްބަވާނެއެވެ.

Verse 18

مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ

Transliteration mā yalfiẓu min qawlin illā ladayhi raqībun ʿatīdun

Dhivehi އޭނާބުނާ ބަހުގެތެރެއިން އެއް لَفْظُ އެއްވެސް رَقِيبٌ އާއި عَتِيد އެވެ ކިއުނު ދެމަލާއިކަތްބޭކަލުން ނުލިއުއްވައިދޫނުކުރައްވައެވެ.

Verse 19

وَجَآءَتْ سَكْرَةُ ٱلْمَوْتِ بِٱلْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ

Transliteration wajāat sakratu l-mawti bil-ḥaqi dhālika mā kunta min'hu taḥīdu

Dhivehi އަދި މަރުގެ އުދަގޫތައް (މަރުގެ ސަކަރާތް) އޭނާއަށް ހަމަ حَقُّ ގޮތުގައި އަންނަހުއްޓެވެ. (އޭނާއަށް އެންގެވޭނެއެވެ.) އެއީ (އެމަރަކީ) ކަލޭ އެޔާއިދުރަށް ދިޔައެއްޗެވެ.

Verse 20

وَنُفِخَ فِى ٱلصُّورِ ۚ ذَٰلِكَ يَوْمُ ٱلْوَعِيدِ

Transliteration wanufikha fī l-ṣūri dhālika yawmu l-waʿīdi

Dhivehi އަދި ތާޅަފިފުމެލެވިއްޖެއްޔާއި ދެން އެއީ وَعِيْدُ ގެ ދުވަހެވެ. (ކޯފާއާއި عَذَابُ ގެ ދުވަހެވެ.)

Verse 21

وَجَآءَتْ كُلُّ نَفْسٍ مَّعَهَا سَآئِقٌ وَشَهِيدٌ

Transliteration wajāat kullu nafsin maʿahā sāiqun washahīdun

Dhivehi އަދި ކޮންމެ ނަފުސެއް އަންނައިރު އެނަފުސަކާއި އެކު އޭނާ مَحْشَرُ އަށް ގެންދާނެ ބޭކަލަކާއި ހެކިދެއްވާނޭ ބޭކަލަކާއި ވާހުއްޓެވެ.

Verse 22

لَّقَدْ كُنتَ فِى غَفْلَةٍ مِّنْ هَـٰذَا فَكَشَفْنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلْيَوْمَ حَدِيدٌ

Transliteration laqad kunta fī ghaflatin min hādhā fakashafnā ʿanka ghiṭāaka fabaṣaruka l-yawma ḥadīdun

Dhivehi (އޭ އިންސާނާއެވެ.) ހަމަކަށަވަރުން ކަލޭ ދުނިޔޭގައި އުޅުނުއިރު މިކަމާއިމެދު އެބަހީ مَحْشَرُ ކުރެއްވުމާއި މެދު غَافِلُ ވެގެން ވީމުއެވެ. ދެންފަހެ ތިމަންރަސްކަލާނގެ ކަލޭނިވައި ކޮށްފައިވާ ހުރަސް ނަންގަވާ ކަޝްފު ކުރެއްވީމެވެ. ފަހެމިއަދު ކަލޭގެ ދެލޯ ތޫނެވެ. (ހުރިހާ އެއްޗެއް ސާފުކޮށް ފެންނާނެއެވެ.)

Verse 23

وَقَالَ قَرِينُهُۥ هَـٰذَا مَا لَدَىَّ عَتِيدٌ

Transliteration waqāla qarīnuhu hādhā mā ladayya ʿatīdun

Dhivehi އަދި އޭނާގެ قَرِيْنُ (އޭނާޔާއި ހަވާލުވެފައިވާ މަލާއިކަތާ) ވިދާޅުވާނެއެވެ. މިއީ މިއަޅާއާއި އެކުވާތަކެއްޗެވެ. (އެއީ އެއިންސާނާއާއި އޭނާގެ ޢަމަލުގެފަތެވެ.) حَاضِرُ ވެގެންމިވަނީއެވެ.

Verse 24

أَلْقِيَا فِى جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ

Transliteration alqiyā fī jahannama kulla kaffārin ʿanīdin

Dhivehi (އެ ދެމަލާއިކަތްބޭކަލުންނަށް އަންގަވާނެއެވެ.) ކާފަރުވުންބޮޑު ނުކިޔަމަންތެރި / އަނިޔާވެރި ކޮންމެ މީހެއް ނަރަކައަށް އެއްލައިލާށެވެ.

Verse 25

مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ

Transliteration mannāʿin lil'khayri muʿ'tadin murībin

Dhivehi ހެޔޮކަންތައްމަނާކުރުންބޮޑު އެއްކައުވަންތަކަން ޤަބޫލު ނުކުރާ حَقُّ ކަންކަމަށް ޝައްކު ކުރާ ކޮންމެމީހެކެވެ. ނަރަކައަށް އެއްލައިލާށެވެ.

Verse 26

ٱلَّذِى جَعَلَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَأَلْقِيَاهُ فِى ٱلْعَذَابِ ٱلشَّدِيدِ

Transliteration alladhī jaʿala maʿa l-lahi ilāhan ākhara fa-alqiyāhu fī l-ʿadhābi l-shadīdi

Dhivehi އޭނާ الله އާއި އެކު އެހެން އިލާހެއް ލައި ހަމަޖައްސާ ޝަރީކު ކުރީއެވެ. އެހެންވެ ތިޔައިގެ ދެމަލާއިކަތުން އޭނާ ގަދަވެގެންވާ ޢަޒާބަށް އެއްލައިލާށެވެ.

Verse 27

۞ قَالَ قَرِينُهُۥ رَبَّنَا مَآ أَطْغَيْتُهُۥ وَلَـٰكِن كَانَ فِى ضَلَـٰلٍۭ بَعِيدٍ

Transliteration qāla qarīnuhu rabbanā mā aṭghaytuhu walākin kāna fī ḍalālin baʿīdin

Dhivehi އޭނާގެ قَرِيْنُ އެބަހީ (އޭނާޔާއި ގުޅިފައިވާ شَيْطَانُ އާ) ދަންނަވާނެއެވެ. އޭއަޅަމެންގެ رَبُّ އެވެ. މިއަޅާ އޭނާ މަގު ނުފުރައްދަމެވެ. އަދިއެހެންނަމަވެސް އޭނާވީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.

Verse 28

قَالَ لَا تَخْتَصِمُوا۟ لَدَىَّ وَقَدْ قَدَّمْتُ إِلَيْكُم بِٱلْوَعِيدِ

Transliteration qāla lā takhtaṣimū ladayya waqad qaddamtu ilaykum bil-waʿīdi

Dhivehi ކަލޭމެން ތިމަންރަސްކަލާނގެ حَضْرَةُ ގައި އަރައިރުން ނުވާށެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭމެނަށް އިސްވެ ނިންމަވާފަ އިވަނީ وَعِيْدُ އެވެ. އެބަހީ ކޯފާއާއި عَذَابُ އެވެ.

Verse 29

مَا يُبَدَّلُ ٱلْقَوْلُ لَدَىَّ وَمَآ أَنَا۠ بِظَلَّـٰمٍ لِّلْعَبِيدِ

Transliteration mā yubaddalu l-qawlu ladayya wamā anā biẓallāmin lil'ʿabīdi

Dhivehi ތިމަންރަސްކަލާނގެ حَضْرَةُ ގައި ބަސްބަދަލު ނުވެވޭހުއްޓެވެ. އަދި ތިމަން ރަސްކަލާނގެއީ އަޅުތަކުންނަށް އަނިޔާ ކުރައްވާ ކަލަކު ކަމުގައި ނުވެއެވެ

Verse 30

يَوْمَ نَقُولُ لِجَهَنَّمَ هَلِ ٱمْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ

Transliteration yawma naqūlu lijahannama hali im'talati wataqūlu hal min mazīdin

Dhivehi ނަރަކައަށް ތިމަން ރަސްކަލާނގެ وَحِي ކުރައްވާ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ.) وَحِي ކުރައްވާ ހުށީމެވެ. ތިބާ ފުރިއްޖެ ހެއްޔެވެ؟ އަދި އޭތި ދަންނަވާނެއެވެ. އަދި އިތުރަށް ވޭތޯއެވެ؟ (އިތުރަށް ހުރިއްޔާ އިތުރަށްވެސް ދެއްވާށެވެ.)

Verse 31

وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ

Transliteration wa-uz'lifati l-janatu lil'muttaqīna ghayra baʿīdin

Dhivehi އަދި تَقْوَى ވެރިންނަށް ޓަކައި ދުރުނޫން ހިސާބަކަށް ސުވަރުގެ ގާތްކުރެވޭ ހުއްޓެވެ.

Verse 32

هَـٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ

Transliteration hādhā mā tūʿadūna likulli awwābin ḥafīẓin

Dhivehi (އަދި އެންގެވޭނެއެވެ.) މިއީ ﷲ ގެ حَضْرَةُ އަށް تَوْبَة ވެ رُجُوع ވާ ކޮންމެ އަޅަކަށް وَعْدُ ވެވިފައިވާ ތަނެވެ. އަދި އެމީހަކު ﷲ ގެ އަމުފުޅުތަކަށް ރައްކާތެރިވެ ފާފަތަކާއި ދުރުވެގެންވާ ކޮންމެމީހެކެވެ.

Verse 33

مَّنْ خَشِىَ ٱلرَّحْمَـٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍ مُّنِيبٍ

Transliteration man khashiya l-raḥmāna bil-ghaybi wajāa biqalbin munībin

Dhivehi އަދިއެމީހަކު غَيْبُ ގައި ވޮޑިގެންވާ رَحْمنُ ވަންތަ ކަލާނގެއްށް ބިރުވެތި ވެ އަދި ސަލާމަތްވެގެންވާ ހިތަކާއިގެން އެމީހަކު ﷲ ގެ حَضْرَةُ އަށް އައި މީހުންނަށެވެ. (އެމީހުންނަށް އެންގެވޭނެއެވެ.)

Verse 34

ٱدْخُلُوهَا بِسَلَـٰمٍ ۖ ذَٰلِكَ يَوْمُ ٱلْخُلُودِ

Transliteration ud'khulūhā bisalāmin dhālika yawmu l-khulūdi

Dhivehi އެމީހުންނަށް އެންގެވޭނެއެވެ.) ސަލާމަތްކަމާއި އެކު ކަލޭމެން އެސުވަރުގެއަށް ކަލޭމެން ވަންނާށެވެ. އަދިއެއީ މަރުވުމެއްނެތި ދެމި ތިބޭނޭ ދުވަހެވެ.

Verse 35

لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌ

Transliteration lahum mā yashāūna fīhā waladaynā mazīdun

Dhivehi އެތާގައި އެމީހުން އެދޭހާ އެއްޗެއް އެމީހުންނަށް ހުންނަ ހުއްޓެވެ. އަދި ތިމަންރަސްކަލާނގެ حَضْرَةُ ގައި އިތުރަށްވެއެވެ. އިތުރު ނިޢުމަތަތައްވެއެވެ.

Verse 36

وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًا فَنَقَّبُوا۟ فِى ٱلْبِلَـٰدِ هَلْ مِن مَّحِيصٍ

Transliteration wakam ahlaknā qablahum min qarnin hum ashaddu min'hum baṭshan fanaqqabū fī l-bilādi hal min maḥīṣin

Dhivehi އަދި އެމީހުންގެ ކުރިން (މައްކާގެ މީހުންގެ ކުރިން) އުއްމަތްތަކުގެ ތެރެއިން ކިތައްކިތައް އުއްމަތް ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީން ހެއްޔެވެ؟ (އެބަހީ ވަރަށް ގިނައިން ހަލާކު ކުރެއްވީމެވެ.) އެމީހުން މިމީހުނަށްވުރެ ބާރުގެ ގޮތުން މާގަދަފަދައެވެ. ފަހެ އެމީހުން ރަށް ރަށަށްދަތުރު ފަތުރުކޮށް ހޯދާ ބެލިއެވެ. އެމީހުންނަށް ފަހެ (އެކަލާނގެ ޢަޒާބުން) ސަލާމަތްވާނެ ތަނެއްފެނުނުބާވައެވެ؟ (ނުފެންނާނެއެވެ.)

Verse 37

إِنَّ فِى ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُۥ قَلْبٌ أَوْ أَلْقَى ٱلسَّمْعَ وَهُوَ شَهِيدٌ

Transliteration inna fī dhālika ladhik'rā liman kāna lahu qalbun aw alqā l-samʿa wahuwa shahīdun

Dhivehi ހަމަކަށަވަރުން އެކަންކަމުގައި (ހެޔޮނުބައި ވަކިކުރަން އެގޭ) ހިތެއްވާ ކޮންމެ މީހަކަށް ނުވަތަ އޭނާ ހިތް حَاضِرُ ކޮށްގެންވާ ޙާލު ރަނގަޅަށް ކަނުލައި އަހައިފި ކޮންމެމެމީހަކަށް ކަނޑައެޅިގެން عِبْرَةُ އާއި وَعْظُ نَصِيْحَة ވެއެވެ.

Verse 38

وَلَقَدْ خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ

Transliteration walaqad khalaqnā l-samāwāti wal-arḍa wamā baynahumā fī sittati ayyāmin wamā massanā min lughūbin

Dhivehi އަދި ހަމަކަށަވަރުން އުޑުތަކާއިބިމާއި އަދި އެދެމެދުވާހާތަކެއްޗާއި ހަދުވަހެއްގެ ތެރޭގައި ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް އެއްވެސް ވަރުބަލިކަމެއް ނުޖެހެއެވެ.

Verse 39

فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ ٱلْغُرُوبِ

Transliteration fa-iṣ'bir ʿalā mā yaqūlūna wasabbiḥ biḥamdi rabbika qabla ṭulūʿi l-shamsi waqabla l-ghurūbi

Dhivehi ފަހެ އެމީހުން އެބުނާ ބަސްތަކަށް ކަލޭގެފާނު ކެތްތެރިވެ ވަޑައި ގަންނަވާށެވެ. އަދި އިރު އެރުމުގެ ކުރިން ނާއި އަދި އިރު އޮއްސުމުގެ ކުރިން ކަލޭގެފާނުންގެ رَبُّ އަށް حَمْدُ ކުރުމާއި އެކު تَسْبِيْحَ ވިދާޅުވާށެވެ

Verse 40

وَمِنَ ٱلَّيْلِ فَسَبِّحْهُ وَأَدْبَـٰرَ ٱلسُّجُودِ

Transliteration wamina al-layli fasabbiḥ'hu wa-adbāra l-sujūdi

Dhivehi އަދި ރޭގަޑުގެ ވަގުތު ގައްޔާއި ސަޖިދަ ކުރެއްވުމުގެ ފަހުގައްޔާއި ވެސް އެކަލާނގެއަށް تَسْبِيْحَ ވިދާޅުވާށެވެ.

Verse 41

وَٱسْتَمِعْ يَوْمَ يُنَادِ ٱلْمُنَادِ مِن مَّكَانٍ قَرِيبٍ

Transliteration wa-is'tamiʿ yawma yunādi l-munādi min makānin qarībin

Dhivehi އަދި ދާދި ގާތް ހިސާބަކުން ގޮވައިލައްވާ ކަލޭގެފާނު ގޮވައިލައްވާ ދުވަހުގެ އަޑު އައްސަވާށެވެ.

Verse 42

يَوْمَ يَسْمَعُونَ ٱلصَّيْحَةَ بِٱلْحَقِّ ۚ ذَٰلِكَ يَوْمُ ٱلْخُرُوجِ

Transliteration yawma yasmaʿūna l-ṣayḥata bil-ḥaqi dhālika yawmu l-khurūji

Dhivehi حَقُّ ގޮތުގައި ތާޅަފިލީގެ އަޑު އެމީހުން އަހާދުވަސް އެއީ (ކަށްވަޅުތަކުން) ނުކުންނަ ދުވަހެވެ. (އެއީ قِيَامَة ދުވަހުން މީސްތަކުން مَحْشَرُ ގެ މައިދާނަށް ޖަމާކުރެއްވުމަށްޓަކައި إسْرَافِيْلُ ގެފާނުން ގޮވައި ލައްވާ ތާޅަފިލި ފުންމަވާ ލެއްވުމެވެ.

Verse 43

إِنَّا نَحْنُ نُحْىِۦ وَنُمِيتُ وَإِلَيْنَا ٱلْمَصِيرُ

Transliteration innā naḥnu nuḥ'yī wanumītu wa-ilaynā l-maṣīru

Dhivehi ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތަކެތި ދިރުއްވާ މަރުއްވަމެވެ. އަދި އެހުރިހާތަކެތި އެނބުރި އައުންވަނީ ހަމަ ތިމަންރަސްކަލާނގެ حَضْرَةُ އަށެވެ.

Verse 44

يَوْمَ تَشَقَّقُ ٱلْأَرْضُ عَنْهُمْ سِرَاعًا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌ

Transliteration yawma tashaqqaqu l-arḍu ʿanhum sirāʿan dhālika ḥashrun ʿalaynā yasīrun

Dhivehi އެމީހުން ފިޔަވައި އަވަސްއަވަހަށް ބިންގަނޑު ފަޅަ ފަޅައިގެންދާދުވަސް (ހަނދުމަފުޅު ކުރައްވާށެވެ.) އެއީ މީސްތަކުން ކަށްވަޅު ތަކުން ނުކުމެގެން ގޮވާބޭކަލެއްގެ ގޮވުމަށް މީސްތަކުންދާނެއެވެ. އެއީ އެއްކުރެއްވު މަށެވެ. مَحْشَرُ ކުރެއްވުމަށެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދި ފަސޭހަކަމެކެވެ.

Verse 45

نَّحْنُ أَعْلَمُ بِمَا يَقُولُونَ ۖ وَمَآ أَنتَ عَلَيْهِم بِجَبَّارٍ ۖ فَذَكِّرْ بِٱلْقُرْءَانِ مَن يَخَافُ وَعِيدِ

Transliteration naḥnu aʿlamu bimā yaqūlūna wamā anta ʿalayhim bijabbārin fadhakkir bil-qur'āni man yakhāfu waʿīdi

Dhivehi އެމީހުން އެބުނާތަކެތި ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (އެބަހީ މަރުވުމަށްފަހު އަލުންދިރުއްވުމާއި مَحْشَرُ ކުރެއްވުމާއި ހިސާބު ބެއްލެވުމާއި ދެންވެސް އެބާވަތުގެ ކަންތައްދޮގު ކުރާމީހުން އެބުނާ ތަކެތި ތިމަން ރަސްކަލާނގެ އައްސަވާވޮޑިގެންވެއެވެ. އަދި ކަލޭގެފާނު އެމީހުންގެމައްޗަށް ގަދަހައްދަވާ ހަރުކަށި ބޭކަލަކު ކަމުގައި ވެވަޑައި ނުގަންނަވައެވެ. (ކަލޭގެފާނަށް އޮތީ ހަމަ އިއްވައިދިނުމެވެ.) ފަހެ ތިމަންރަސްކަލާނގެ وَعِيد އަށް (ކޯފާއަށް) ބިރުވެތިވާ މީހަކަށް قُرْآنُ ން وَعْظُ نَصِيْحَة ދެއްވާށެވެ.

Read Surah Qaf in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.