MyDugsiStart learning

Surah Ar-Ra'd in Dhivehi: translation and audio

Surah 13 · الرعد · The Thunder · 43 verses

Surah Ar-Ra'd verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Ar-Ra'd word by word in English.

Verse 1

الٓمٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ۗ وَٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ

Transliteration alif-lam-meem-ra til'ka āyātu l-kitābi wa-alladhī unzila ilayka min rabbika l-ḥaqu walākinna akthara l-nāsi lā yu'minūna

Dhivehi الٓمٓر: މިބާވަތުގެ އެންމެހައި رَمْزُ ގެ މާނައެއް އަދި އޭގެ މުރާދެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ تعالى އެވެ. މިއިން އެންމެބޮޑަށްވެސް آدم ގެދަރިންނަށް ބުނެވެންއޮތީ އެއީ إعجاز القرآن ގެތެރެއިންވާ އަކުރުތަކެއްކަމެވެ. އެޔާއެކުވެސް ބައެއްބޭކަލުންގެ رَأى ވެއެވެ. تفسير الطّبرى ގައި إبن عبّاس رضى ﷲ عنهما ގެ ރިވާޔަތެއް މިސޫރަތުގެ މިއަކުރުތަކާމެދު ގެންނަވާފައިވެއެވެ. އޭގައިވަނީ [[أنَا ﷲُ أَرَى]] މިހެންނެވެ. މީގެ މާނައެއްކަމުގައި ބުނެވޭނީ ތިމަންރަސްކަލާނގެއީ ﷲ އެވެ. ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަމެވެ. މިއެވެ...\nދެން އެއަންގަވަނީ މިސޫރަތުގެ އާޔަތްތަކަކީ ފޮތުގެ އާޔަތްތަކެވެ. މިފޮތޭ އޮތްބަސްފުޅާއި މެދު ކުޑަ إختلاف އެއްވެއެވެ. طبري ގެ تفسير ގައިވަނީ އެއީ توراة އާއި إنجيل ކަމުގައެވެ. إبن كثير ގެ ترجمة ގައިވަނީ އެއީ ކީރިތި قرآن ކަމަށެވެ. އަދި ފަހުގެ تَحْقِيْقُ ތަކުންވެސް އެގޮތަށް ފެނެއެވެ. ދެން އަދި މިއީ ކޮންމެފޮތެއްގެ އާޔަތްތަކެއްނަމަވެސް ﷲ ބާވައިލެއްވި ފޮތެއްކަމުގައިވަންޏާ مؤمن ންނަށް މައްސަލައެއް ނުއޮންނާނެއެވެ. ދެން އަދި އެއަންގަވަނީ ކަލޭގެފާނަށް ކަލޭގެފާނުންގެ ربّ ގެ حضرة ން ބާވައިލައްވާ ތަކެއްޗާއި މިހުރިހާ ތަކެއްޗަކީ ހަމަ حقّ ތެދުކަމުގައެވެ. އަދި އެހެންނަމަވެސް މީސްތަކުންކުރެ ގިނަމީހުން ތެދުނުކުރާ ކަމުގައެވެ. އެއަށް އީމާންނުވާކަމުގައެވެ.

Verse 2

ٱللَّهُ ٱلَّذِى رَفَعَ ٱلسَّمَـٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ۚ يُدَبِّرُ ٱلْأَمْرَ يُفَصِّلُ ٱلْـَٔايَـٰتِ لَعَلَّكُم بِلِقَآءِ رَبِّكُمْ تُوقِنُونَ

Transliteration al-lahu alladhī rafaʿa l-samāwāti bighayri ʿamadin tarawnahā thumma is'tawā ʿalā l-ʿarshi wasakhara l-shamsa wal-qamara kullun yajrī li-ajalin musamman yudabbiru l-amra yufaṣṣilu l-āyāti laʿallakum biliqāi rabbikum tūqinūna

Dhivehi އޭ މީސްތަކުންނޭވެ! ކަލޭމެން ދެކޭނޭ އެއްވެސް ތަނބަކާ ނުލައި އުޑުތައް އުފުއްލެވީ ހަމަ ﷲ އެވެ. ދެން އެކަލާނގެ عَرْشِ އަށް إِسْتِوَاى ވެވޮޑިގެންނެވިއެވެ. އަދި އެކަލާނގެ އިރާއި ހަނދު ކިޔަމަންކުރެއްވިއެވެ. އެއިން ކޮންމެ އެއްޗެއްވެސް ކަނޑައެޅި عَيَّن ވެގެންވާ ވަކިމުއްދަތަކަށް ދަތުރުކުރެއެވެ. ދައުރުކުރެއެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން އެކަލާނގެ ކަންތައްތައް تَدْبِيْرُ ކުރައްވާ ހިންގަވައެވެ. މިހުރިހާކަމެއްވެސް މިވަނީ ކަލޭމެން ހެއްދެވި ربّ އާއި ކަލޭމެން ބައްދަލުވާނެކަން ތެދުކޮށް يقين ކުރޭތޯއެވެ. قيامة ދުވަހާއި محشر ކުރެއްވުމާއި جزاء ދެއްވުން يقين ކުރޭތޯއެވެ.

Verse 3

وَهُوَ ٱلَّذِى مَدَّ ٱلْأَرْضَ وَجَعَلَ فِيهَا رَوَٰسِىَ وَأَنْهَـٰرًا ۖ وَمِن كُلِّ ٱلثَّمَرَٰتِ جَعَلَ فِيهَا زَوْجَيْنِ ٱثْنَيْنِ ۖ يُغْشِى ٱلَّيْلَ ٱلنَّهَارَ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ

Transliteration wahuwa alladhī madda l-arḍa wajaʿala fīhā rawāsiya wa-anhāran wamin kulli l-thamarāti jaʿala fīhā zawjayni ith'nayni yugh'shī al-layla l-nahāra inna fī dhālika laāyātin liqawmin yatafakkarūna

Dhivehi އަދި ބިންގަނޑު ފަތުރުއްވާ ދެންމެވީވެސް ހަމައެކަލާނގެއެވެ. އަދި އެކަލާނގެ އެބިމުގައި ފަރުބަދަތަކާއި ކޯރުތައް ލެއްވިއެވެ. އަދި އެކަލާނގެ ގަސްގަހާގެހީގެ މަތިވަރު ނެރުއްވައި އަދި އެއިން ކޮންމެ ވައްތަރެއްގައި ޖޯޑުހަމަކޮށް ފިރިހެން އަންހެން ލެއްވިއެވެ. (މިކަމަކީ، މިހާރު عَمَلِى تحقيق ގެ ގޮތުންވެސް ސާބިތުވެގެންވާ ކަމެއްކަމުގައިވެއެވެ.) އަދި ރޭގަނޑުން ދުވާލު އަނދިރިވާގޮތްވެސް އެކަލާނގެ ލެއްވިއެވެ. ހަމަކަށަވަރުން އެކަންތައްތަކުގައި ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل އާއި ހެކި ވާކަންކަށަވަރެވެ. ނަމަވެސް އެކަން ވިސްނަން އެނގޭނީ އަދި قبول ކުރާނީ ކަންކަމަށް ވިސްނާ ފިކުރުކުރާ ބަޔަކަށެވެ.

Verse 4

وَفِى ٱلْأَرْضِ قِطَعٌ مُّتَجَـٰوِرَٰتٌ وَجَنَّـٰتٌ مِّنْ أَعْنَـٰبٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَىٰ بِمَآءٍ وَٰحِدٍ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِى ٱلْأُكُلِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَعْقِلُونَ

Transliteration wafī l-arḍi qiṭaʿun mutajāwirātun wajannātun min aʿnābin wazarʿun wanakhīlun ṣin'wānun waghayru ṣin'wānin yus'qā bimāin wāḥidin wanufaḍḍilu baʿḍahā ʿalā baʿḍin fī l-ukuli inna fī dhālika laāyātin liqawmin yaʿqilūna

Dhivehi އަދި މިބޮޑު ބިންގަނޑުގައި ގާތްގާތްކޮށް އެއްބައި އަނެއްބަޔާ ޖެހިޖެހިގެންވާ ބައިބައިވެއެވެ. (އެއީ އަޅުގަނޑުމެންވެސް މިކިޔާ قَارَّة ތައް އެބަހީ ކޮންޓިނެންޓްތައް ކަމުގައިވެދާނެއެވެ. ނުވަތަ ބިމުގެ ފަށަލަފަށަލަ ކަމުގައިވެދާނެއެވެ. އަދި މިހުރިހާގޮތެއްވެސް އެއިން دليل ކުރެއެވެ.) އަދި އެކަލާނގެ އެބިމުގައި މޭބިސްކަދުރުގެ ބަގީޗާތަކާއި ދަނޑުބިމާއި ދަނޑާއި ލެއްވިއެވެ. އަދި އެއްބުޑުން ދެކުރިގަނޑު ނުވަތަ އެއަށްވުރެގިނަކުރިގަނޑުލީ ކަދުރު ރުކާއި އަދި އެނޫން ކަދުރު ރުއްވެސް އެކަލާނގެ ލެއްވިއެވެ. (އެއީ المدينة المنوّرة ގެ قُبَا އިން އަހުރެންވެސް ދެކެފައިވާ ތަކެއްޗެވެ. އަދި ކަދުރާ މޭބިސްކަދުރު މިއާޔަތުގައި ވަކިން خاصّ ވެފައިވަނީ އެދެއެތީގެ ފައިދާބޮޑުކަމުންކަމުގައި ފެނެއެވެ. والله أعلم)\nދެންފަހެ މިހުރިހާ ބާވަތެއްގެ ގަސްގަހާގެއްސަށް ފެންދެވެނީ ހަމަ އެއްފެނަކުންނެވެ. އެއީ ވާރޭފެނެވެ. މަތިން ފައިބާފެނެވެ. އަދި އެހެންނަމަވެސް ކައިބޮއިހެދުމުގެ ގޮތުން އޭގެ އެކަތީގެ މައްޗަށް ތިމަންރަސްކަލާނގެ އަނެކަތި މާތްކުރެއްވީމެވެ. ފޮނިކޮށް، ހުތްކޮށް، ކުޅިކޮށް ހިތިކޮށް...... ދެން މިހެންގޮސް ތަފާތު ރަހަތަކުގައި ހެއްދެވީމެވެ. ހަމަކަށަވަރުން މިކަންކަމުގައި ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ މައްޗަށް دليل ކުރާ دليل ތައްވާކަންކަށަވަރެވެ. އެކަމަކު އެއީ ބުއްދީގެ ބޭނުންކޮށް ވިސްނާ އަދި عبرة حاصل ކުރާ ބަޔަކަށެވެ. • ދަންނައެވެ! އިންސާނުންގެވެސްހުރީ ހަމަގަސްގަހާގެހީގެ މިސާލެވެ. އެންމެންވެސް ކައިބޮއިހަދަނީ ހަމަބިމުގެ ތަކެތީންނެވެ. ބޮނީ ހަމަ އެއްފެނެކެވެ. ބައްޕައަކީ ހަމަ آدم عليه السّلام އެވެ. ނަމަވެސް ރަނގަޅު ނުބައިގައި ތަފާތެވެ. ތެދުމަގު ބާވައިލެއްވުމުން އެތެދުމަގު قبول ކުރީ ވަކިބައެކެވެ. އަނެއްބަޔަކު قبول ނުކުރީއެވެ.

Verse 5

۞ وَإِن تَعْجَبْ فَعَجَبٌ قَوْلُهُمْ أَءِذَا كُنَّا تُرَٰبًا أَءِنَّا لَفِى خَلْقٍ جَدِيدٍ ۗ أُو۟لَـٰٓئِكَ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ وَأُو۟لَـٰٓئِكَ ٱلْأَغْلَـٰلُ فِىٓ أَعْنَاقِهِمْ ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ

Transliteration wa-in taʿjab faʿajabun qawluhum a-idhā kunnā turāban a-innā lafī khalqin jadīdin ulāika alladhīna kafarū birabbihim wa-ulāika l-aghlālu fī aʿnāqihim wa-ulāika aṣḥābu l-nāri hum fīhā khālidūna

Dhivehi އޭ رسول ﷲ އެވެ! އެ مشرك ންގެމީހުން ކަލޭގެފާނު ދޮގުކުރާތީ ކަލޭގެފާނު عجائب ވެވަޑައިގެންނެވިނަމަވެސް އެއަކީ އަދި އެހާ عجائب ކަމެއްނޫނެވެ. ފަހެ އެމީހުންގެ މިބަހުގައިވާ عجائب ކަން އަދި މާބޮޑެވެ. އެމީހުން އެބުނަނީއެވެ. [އަހުރެމެން މަރުވެ ކުދިކުދިވެ ވެއްޔަށްވީމާވެސް ދެން އަލުންވެސް އަހުރެމެން އައުހެއްދެވުމަކުން ހެއްދެވޭނެހެއްޔެވެ؟ محشر ކުރެވޭނެހެއްޔެވެ؟] ފަހެ އެފަދަ މީހުންނަކީ ތިމަންރަސްކަލާނގެ قدرة ތެރިކަމާމެދު إنكار ކުރާމީހުންނެވެ. އަދި އެއީ ކާފަރުކަންމަތީ ދެމިތިބިމީހުންނެވެ. އެފަދަ މީހުންނަކީ قيامة ދުވަހުން އެމީހުންގެ ކަނދުރާތަކުގައި ނަރަކައިގެ ކަސްތަޅު އެޅެވޭނެމީހުންނެވެ. އަދި އެއީ ނަރަކައިގެ ވަޒަންވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.

Verse 6

وَيَسْتَعْجِلُونَكَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ وَقَدْ خَلَتْ مِن قَبْلِهِمُ ٱلْمَثُلَـٰتُ ۗ وَإِنَّ رَبَّكَ لَذُو مَغْفِرَةٍ لِّلنَّاسِ عَلَىٰ ظُلْمِهِمْ ۖ وَإِنَّ رَبَّكَ لَشَدِيدُ ٱلْعِقَابِ

Transliteration wayastaʿjilūnaka bil-sayi-ati qabla l-ḥasanati waqad khalat min qablihimu l-mathulātu wa-inna rabbaka ladhū maghfiratin lilnnāsi ʿalā ẓul'mihim wa-inna rabbaka lashadīdu l-ʿiqābi

Dhivehi އަދި ސަލާމަތާ عافية ގެކުރީގައި އެމީހުން ކަލޭގެފާނުގެ އަރިހުން އެދެނީ عقوبة އާއި ހަލާކެވެ. އަދި ހަމަކަށަވަރުން އެފަދަ مثال ތައް އެމީހުންގެ ކުރިންވެސް އިސްވެހިނގައްޖެއެވެ. އިސްވެދިޔަ رسول ބޭކަލުންނާއި އެބޭކަލުންގެ ބަސްދޮގުކުރި ދޮގުވެރިންނާއި އަދި އެމީހުންނަށް އައި عذاب މީގެކުރިން އިސްވެހިނގައްޖެއެވެ. އެވާހަކައިން މިމީހުން عبرة حاصل ނުކުރަނީ ކީއްވެބާވައެވެ؟ އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ربّ އެއީ މީސްތަކުން شرك ކުރުމާއި އަނިޔާކުރުމާ އެކުވެސް އެމީހުން توبة ވުމުން މީސްތަކުންނަށް ފާފަފުއްސެވުމުގެ ވެރި ކަލާނގެއެވެ. އަދި ހަމަކަށަވަރުން އެކަލާނގެއީ عقوبة ދެއްވުން ގަދަފަދަވެގެންވާ ކަލާނގެއެވެ.

Verse 7

وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦٓ ۗ إِنَّمَآ أَنتَ مُنذِرٌ ۖ وَلِكُلِّ قَوْمٍ هَادٍ

Transliteration wayaqūlu alladhīna kafarū lawlā unzila ʿalayhi āyatun min rabbihi innamā anta mundhirun walikulli qawmin hādin

Dhivehi އަދި ކާފަރުވީ މީސްތަކުން ބުނެއެވެ. [އެކަލޭގެފާނުގެ نبي ކަން ތެދުކަމުގެމައްޗަށް އެކަލޭގެފާނުގެ ربّ ގެ حضرة ން معجزة އެއް އެކަލޭގެފާނަށް ބާވައިލައްވާނެނަމައެވެ. ނުވަތަ ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟] އޭގެ جواب ގައި ﷲ އެ އަންގަވަނީ - ކަލޭގެފާނަކީ ހަމަ إنذار ކުރައްވާ ބޭކަލެކެވެ. އަދި ކޮންމެ قوم އަކަށްވެސް އެމީހުންނަށް ތެދުމަގު ދައްކާނޭ هادى އެއްވެއެވެ. ތެދުމަގުދައްކާމީހަކުވެއެވެ. އެއީ އެ قوم ގެ نبي އާއެވެ.

Verse 8

ٱللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَىْءٍ عِندَهُۥ بِمِقْدَارٍ

Transliteration al-lahu yaʿlamu mā taḥmilu kullu unthā wamā taghīḍu l-arḥāmu wamā tazdādu wakullu shayin ʿindahu bimiq'dārin

Dhivehi ކޮންމެ އަންހެންއެއްޗެއް އޭގެ ބަނޑުގައި އުފުލާ ދަރިއެއްގެ خبر ތައް ﷲ ދެނެވޮޑިގެންވެއެވެ. އަދި ބަނޑުގައި އޮތް ދަރިފުޅަށް حيض ގެ ލެއިފޮނުވުމުގެ ނިސްބަތުން رَحِمُ ގެތެރެއިން މަދުވާވަރަކާއި އަދި އިތުރުވާވަރެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އޭގެ ނިސްބަތަކުން ބަލިވެއިނުމުގެ ދުވަސް މަދުވެ އިތުރުވެއެވެ. އަދި ކޮންމެ އެއްޗެއް އަދި ކޮންމެކަމެއް އެކަލާނގެ حضرة ގައި މިންވަރު ކުރެވިގެންވެއެވެ. އެޔާ ތަފާތުނުވާނެއެވެ.

Verse 9

عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْكَبِيرُ ٱلْمُتَعَالِ

Transliteration ʿālimu l-ghaybi wal-shahādati l-kabīru l-mutaʿāli

Dhivehi އެކަލާނގެއީ غيب ވެ ފޮރުވި ވަންހަނާވެގެންވާ ކަންތަކާއި ފައުޅުގައި ފެންނަން ހުންނަ ކަންތައްވެސް ދެނެވޮޑިގެންވާ ނުހަނު ހައިބަބޮޑުވެގެންވާ އަދި ހުރިހާ ތަކެއްޗަށްވުރެ މަތިވެރިވެވޮޑިގެންވާ ކަލާނގެއެވެ.

Verse 10

سَوَآءٌ مِّنكُم مَّنْ أَسَرَّ ٱلْقَوْلَ وَمَن جَهَرَ بِهِۦ وَمَنْ هُوَ مُسْتَخْفٍۭ بِٱلَّيْلِ وَسَارِبٌۢ بِٱلنَّهَارِ

Transliteration sawāon minkum man asarra l-qawla waman jahara bihi waman huwa mus'takhfin bi-al-layli wasāribun bil-nahāri

Dhivehi އަދި ކަލޭމެންގެތެރެއިން ސިއްރުން ބަސްބުނާމީހެކޭ އަދި އަޑުބާރުކޮށް ބުނާމީހެކޭ އަދި ރޭގަނޑު ނިވައިވެގެން އޮވެގެން އަނދިރީގައި އޮވެގެން ބަސްބުނާމީހެކޭ އަދި ދުވާލު ފާޅުގައި ބަސްބުނާމީހެކޭ އެކަލާނގެއަށް ހަމަހަމައެވެ. ދެނެވޮޑިގަތުމާއި އައްސަވާވޮޑިގަތުން ހަމަހަމައެވެ.

Verse 11

لَهُۥ مُعَقِّبَـٰتٌ مِّنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ يَحْفَظُونَهُۥ مِنْ أَمْرِ ٱللَّهِ ۗ إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۗ وَإِذَآ أَرَادَ ٱللَّهُ بِقَوْمٍ سُوٓءًا فَلَا مَرَدَّ لَهُۥ ۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ

Transliteration lahu muʿaqqibātun min bayni yadayhi wamin khalfihi yaḥfaẓūnahu min amri l-lahi inna l-laha lā yughayyiru mā biqawmin ḥattā yughayyirū mā bi-anfusihim wa-idhā arāda l-lahu biqawmin sūan falā maradda lahu wamā lahum min dūnihi min wālin

Dhivehi އަދި އެކަލާނގެ އަޅާ ރައްކާތެރިކުރެއްވުމަށްޓަކައި އެއްބޭކަލަކު އޭނާގެ ކިބައިން އެނބުރި ވަޑައިގަންނަވާއިރަށް އެޔާ ވިދިގެން އޭނާ ރައްކާތެރިކުރުމަށް ވަޑައިގަންނަވާ އަނެއް ބޭކަލަކު އޭނާގާތަށް ވަޑައިގަންނަވާގޮތަށް ތަރުތީބުވެގެންވާ މަލާއިކަތްބޭކަލުން އެކަލާނގެއަށް خاصّ ވެގެންވެއެވެ. ރޭގަނޑު އެއަޅާ ބަލަހައްޓަވާ ބޭކަލުން އެނބުރިވަޑައިގަންނަވާއިރަށް އެއަޅާ ދުވާލު ބަލަހައްޓަވާ ބޭކަލުން ވަޑައިގަންނަވައެވެ. މިބޭބޭކަލުން ﷲ ގެ އަމުރުފުޅަށް އެކަލާނގެ އަޅާ ރައްކާތެރިކުރައްވާ ބަލަހައްޓަވައެވެ. އަދި އެއްވެސް ބަޔަކަށް ﷲ ދެއްވާފައިވާ نعمة އެއް އަދި رحمة އެއް އެބައެއްގެ نفس ތަކުގައިވާ ކިޔަމަންތެރިކަމާއި صالح عمل ތައް تَغَيَّر ކޮށް އެމީހުންގެ نفس ތައް ބަދަލު ނުކުރާނަމަ ﷲ ގެ نعمة އާއި رحمة އެކަލާނގެ ބަދަލު ނުކުރައްވައެވެ. އަދި އެއްވެސް قوم އަކަށް ﷲ تعالى عذاب އެއް ނުވަތަ ހަލާކެއް އިރާދަކުރައްވައިފިއްޔާ ދެން އެކަން އަނބުރާ ރައްދުވުމެއް ނުވެއެވެ. އެ عذاب އެއް އަދި އެ ހަލާކެއް އަޔަނުދީ ހިފަހައްޓައިލެވޭނެ އެކަކުވެސް ނުވެއެވެ. އެއްވެސް ބާރެއް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެއްވެސް ސަހަރޯވެރިއެއް ވާގިވެރިއެއް އެމީހުންނަކަށް ނުވެއެވެ. (އަދި އެފަދަނުރައްކަލެއް އެކަލާނގެ އިރާދަކުރައްވައި ފިއްޔާ ދެން ސުނާމީ އަންނަކަން އިޝާރާތްވާ މީޓަރެއްގެ މެޝިނެއްގެ އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެކަލާނގެ ފޮނުއްވާ އެ مصيبة ދެން އޭރުން ރާޑަރަކަށް މެޝިނަކަށް ނަގައެއް ނުގަނެވޭނެއެވެ.)

Verse 12

هُوَ ٱلَّذِى يُرِيكُمُ ٱلْبَرْقَ خَوْفًا وَطَمَعًا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ

Transliteration huwa alladhī yurīkumu l-barqa khawfan waṭamaʿan wayunshi-u l-saḥāba l-thiqāla

Dhivehi އަދި ބިރުވެތިވެވޭ އެއްޗެއްގެގޮތުންނާއި ދަހިވެތިވެވޭ އެއްޗެއްގެގޮތުން - އެބަހީ: ދަތުރުވެރިން ބިރުވެތިވާ އަދި ރަށުގައި قائم ވެތިބޭމީހުން ވާރެއަށް ދަހިވެތިވާ އެއްޗެއްގޮތުން ވިދުވަރުލެއްވީ ހަމަ އެކަލާނގެއެވެ. އަދި ފެނުން ބަރުވެގެންވާ ވިލާތައް އެކަލާނގެ އުފައްދަވާ حركاة ކުރުވައެވެ.

Verse 13

وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِۦ وَٱلْمَلَـٰٓئِكَةُ مِنْ خِيفَتِهِۦ وَيُرْسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَـٰدِلُونَ فِى ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ

Transliteration wayusabbiḥu l-raʿdu biḥamdihi wal-malāikatu min khīfatihi wayur'silu l-ṣawāʿiqa fayuṣību bihā man yashāu wahum yujādilūna fī l-lahi wahuwa shadīdu l-miḥāli

Dhivehi އަދި ގުގުރި ﷲ އަށް تسبيح ވިދާޅުވެ އެކަލާނގެއަށް حمد ثناء ދަންނަވައެވެ. އަދި މަލާއިކަތްބޭކަލުންވެސް އެކަލާނގެއަށް ބިރުފުޅުން تسبيح ވިދާޅުވެ حمد ثناء ދަންނަވައެވެ. އަދި އެކަލާނގެ ހޮނު އަލިފާން ފޮނުއްވައެވެ. ދެން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެއަލިފާން ދިމާކުރައްވައެވެ. އެފަދަ ކަންތައް ހިންގަވާއިރުވެސް މީސްތަކުންކުރެ ބައެއްމީހުން ﷲ އާ މެދު جدل ކޮށް އެކަލާނގެ قدرة ތެރިކަމަށް އިންކާރުކުރަނީއެވެ. އެކަލާނގެއީ عقوبة ދެއްވުމާއި ހިއްޕެވުން ގަދަވެގެންވާ ކަލާނގެކަމުގައިވާ حال ގައެވެ. • ދަންނައެވެ! الرَّعْدُ މިއީ ދިވެހިން ކިޔާ ގުގުރިއެވެ. އާޔަތުގައި މިވަނީ ގުގުރި تسبيح ވިދާޅުވާ ކަމަށެވެ. އަދި ﷲ އަށް حمد ވެސް ކުރައްވާކަމަށެވެ. މިހެންވެ تفسير علم ވެރިންގެމެދުގައި إختلاف އެއް ހިނގާފައިވެއެވެ. عامّ ކޮށް ގިނަ مفسّر ން ވިދާޅުވަނީ އެއީ ވިލާގެ ކަންތަކާއި حوال ކުރައްވާފައިވާ މަލާއިކަތާކަމަށެވެ. އެއަޑަކީ އެކަލޭގެފާނުންގެ އަޑުފުޅުކަމަށެވެ. އަދި އެ އަލިފާނަކީ އެކަލޭގެފާނުންގެ އަނގަފުޅުން ނެރުއްވާ އަލިފާނެއްކަމަށެވެ. ﷲ ގެ إذن ފުޅަށް މިކަންކަމަކީ ހިނގުން ދުރުކަމެއްނޫނެވެ.\nއަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ رَعْدُ މިކިޔާ އެއްޗަކީ އެއްވިލާގަނޑު އަނެއްވިލާގަނޑާ ގާތްކޮށް ފިއްތާލާ ވަޔެކެވެ. ދެން ފިތޭވަގުތު އެއަޑު އަންނަނީކަމަށެވެ. މިއީވެސް ހަމަ ﷲ ގެ އިޒުނަފުޅަށް ވުން ދުރުކަމެއްނޫނެވެ. والله أعلم بالصّواب = تفسير قرطبى =

Verse 14

لَهُۥ دَعْوَةُ ٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَسْتَجِيبُونَ لَهُم بِشَىْءٍ إِلَّا كَبَـٰسِطِ كَفَّيْهِ إِلَى ٱلْمَآءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَـٰلِغِهِۦ ۚ وَمَا دُعَآءُ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍ

Transliteration lahu daʿwatu l-ḥaqi wa-alladhīna yadʿūna min dūnihi lā yastajībūna lahum bishayin illā kabāsiṭi kaffayhi ilā l-māi liyablugha fāhu wamā huwa bibālighihi wamā duʿāu l-kāfirīna illā fī ḍalālin

Dhivehi دعاء ކުރުން حقّ ވެގެންވަނީ ﷲ އަށެވެ. إجابة ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ. އަދި مشرك ންގެ މީހުން އެކަލާނގެފިޔަވައި އެގޮވާ ފަރާތްތައް (އެ شريك ންތައް) دعاء ކޮށް ގޮވާ އެހަދާމީހުންނަށް އިޖާބަ ނުކުރާނެއެވެ. އެއްވެސްގޮތަކުން އަޅައިވެސް ނުލާނެއެވެ. އެތަކެއްޗަށް އެއްވެސް އެއްޗެއް މިލްކުވެގެން ނުވެއެވެ. އެފަދަ ތަކެއްޗަށް ގޮވާ دعاء ކުރާމީހާގެ މިސާލަކީ ތިމާގެ ދެއަތްތިލަ ހުޅުވައިގެން ފެންއެއްޗަކަށް އަތްލައިގެން އޮވެ އަނގައިން ފެނަށް ގޮވާމީހާގެ މިސާލެވެ. އެހެން އޮވެ ކިތައްމެވަރަކަށް ހަޅޭލިޔަސް އޭނާގެ އަނގަޔަށް ފެން ނުފޯރާނެއެވެ. ކާފަރުން ބުދަށާއި ދެންވެސް އެބާވަތުގެ ތަކެއްޗަށް ގޮވާ دعاء ކުރާ ކުރުންވެސް ހަމައެފަދައެވެ. އެއީ ހަމަ ގެއްލުމާއި ހަލާކެވެ. މަގުފުރެދުމެކެވެ.

Verse 15

وَلِلَّهِ يَسْجُدُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَظِلَـٰلُهُم بِٱلْغُدُوِّ وَٱلْـَٔاصَالِ ۩

Transliteration walillahi yasjudu man fī l-samāwāti wal-arḍi ṭawʿan wakarhan waẓilāluhum bil-ghuduwi wal-āṣāli

Dhivehi އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު ރުހި ކިޔަމަންތެރިވެގެންވެސް އަދި ނުރުހި ނުކިޔަމަންތެރިވެގެންވެސް، ކިޔަމަންތެރިވުން ވާޖިބުވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ހެނދުނާއި ހަވީރު، އެމީހުންގެ ހިޔަނިތައްވެސް އެކަލާނގެއަށް سجدة ކުރެއެވެ. ކިޔަމަންވެގެންވެއެވެ.

Verse 16

قُلْ مَن رَّبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ قُلِ ٱللَّهُ ۚ قُلْ أَفَٱتَّخَذْتُم مِّن دُونِهِۦٓ أَوْلِيَآءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّا ۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ أَمْ هَلْ تَسْتَوِى ٱلظُّلُمَـٰتُ وَٱلنُّورُ ۗ أَمْ جَعَلُوا۟ لِلَّهِ شُرَكَآءَ خَلَقُوا۟ كَخَلْقِهِۦ فَتَشَـٰبَهَ ٱلْخَلْقُ عَلَيْهِمْ ۚ قُلِ ٱللَّهُ خَـٰلِقُ كُلِّ شَىْءٍ وَهُوَ ٱلْوَٰحِدُ ٱلْقَهَّـٰرُ

Transliteration qul man rabbu l-samāwāti wal-arḍi quli l-lahu qul afa-ittakhadhtum min dūnihi awliyāa lā yamlikūna li-anfusihim nafʿan walā ḍarran qul hal yastawī l-aʿmā wal-baṣīru am hal tastawī l-ẓulumātu wal-nūru am jaʿalū lillahi shurakāa khalaqū kakhalqihi fatashābaha l-khalqu ʿalayhim quli l-lahu khāliqu kulli shayin wahuwa l-wāḥidu l-qahāru

Dhivehi އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! [އުޑުތަކާއި ބިމުގެ ربّ އަކީ ކާކުހެއްޔެވެ؟] އެތަންތަން ބަލަހައްޓަވާ އެތާނގެ ވެރިޔަކީ ކާކުހެއްޔެވެ؟] ކަލޭގެފާނު އޭގެ جواب ގައި ވިދާޅުވާށެވެ! [އެއީ ﷲ އެވެ.] ކަލޭގެފާނު ވިދާޅުވާށެވެ! [ކަލޭމެން ފަހެ އެކަލާނގެ ފިޔަވައި ސަހަރޯވެރިންތަކެއް إختيار ކުރީހެއްޔެވެ؟ އެތަކެއްޗަށް އެތަކެތީގެ އަމިއްލަ نفس ތަކަށްވެސް އެއްވެސް މަންފާއެއް އަދި ގެއްލުމެއް މިލްކުވެގެން ނުވެއެވެ.] ކަލޭގެފާނު ވިދާޅުވާށެވެ! [ލޮލަށް ނުފެންނަމީހާއާއި ފެންނަމީހާ ހަމަހަމަވާނެހެއްޔެވެ؟ ނުވަތަ އަނދިރިޔާއި އައްޔާ އެއްވަރުވާނޭހެއްޔެވެ؟ މިތަކެތި އެއްވަރު ނުވާނެއެވެ. ހަމަހަމަނުވާނެއެވެ. ހަމައެފަދައިން مؤمن ންނާއި ކާފަރުން ހަމަހަމަވާނޭހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ.] އަދި އެ مشرك ންގެމީހުން ﷲ އަށް شريك ންތަކެއްވާކަމުގައި ނިންމައި ދެން އެ شريك ންތައްވެސް ﷲ ތަކެތި ހައްދަވާފަދައިން ތަކެތި ހައްދަވައި ދެފަރާތުން ހެއްދެވިތަކެތި އެމީހުންނަށް އޮޅުނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! [އެއްގޮތަކަށްވެސް އެހެންނޫނެވެ. ހުރިހާ އެއްޗެއް ހައްދަވާ ކަލަކީ ހަމަ ﷲ އެވެ. އެކަލާނގެއީ އެއްކައުވަންތަ އަދި އެފަރާތަށްމެނުވީ އަޅުކަން ވެވުން حق ވެގެންނުވާ ގަދަފަދަވަންތަ ކަލާނގެއެވެ.]

Verse 17

أَنزَلَ مِنَ ٱلسَّمَآءِ مَآءً فَسَالَتْ أَوْدِيَةٌۢ بِقَدَرِهَا فَٱحْتَمَلَ ٱلسَّيْلُ زَبَدًا رَّابِيًا ۚ وَمِمَّا يُوقِدُونَ عَلَيْهِ فِى ٱلنَّارِ ٱبْتِغَآءَ حِلْيَةٍ أَوْ مَتَـٰعٍ زَبَدٌ مِّثْلُهُۥ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْحَقَّ وَٱلْبَـٰطِلَ ۚ فَأَمَّا ٱلزَّبَدُ فَيَذْهَبُ جُفَآءً ۖ وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمْكُثُ فِى ٱلْأَرْضِ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ ٱلْأَمْثَالَ

Transliteration anzala mina l-samāi māan fasālat awdiyatun biqadarihā fa-iḥ'tamala l-saylu zabadan rābiyan wamimmā yūqidūna ʿalayhi fī l-nāri ib'tighāa ḥil'yatin aw matāʿin zabadun mith'luhu kadhālika yaḍribu l-lahu l-ḥaqa wal-bāṭila fa-ammā l-zabadu fayadhhabu jufāan wa-ammā mā yanfaʿu l-nāsa fayamkuthu fī l-arḍi kadhālika yaḍribu l-lahu l-amthāla

Dhivehi ﷲ تعالى އުޑުން ފެންވެއްސަވައެވެ. އެފެން ވާދީތަކަށް އެޅި އެ ވާދީއެއްގެ ހުރި ބޮޑުކުޑަމިނަކަށް ފެން ޖަމާވެއެވެ. ދެން އެފެންގަނޑުގެ މައްޗަށް އެތާހުންނަ ހަޑި ބައެއްތަކެއްޗާއިއެކު ފޮނުގަނޑެއް އުފެދި ފެނުގެމައްޗަށް އަރައެވެ. އަދި ގަހަނާހެދުމަށް ނުވަތަ ހިފާގެންގުޅޭ ބައެއްތަކެތި ހެދުމަށް އަލިފާނުން ވިރުވާ އެކިބާވަތުގެ مَعْدَن ގެމައްޗަށް އެކަންވާރުގެ މަތީބަޔަށް އެއިން އުފެދޭ ވިޔާނުދާ ދަގުޔާއި ބޭނުން ނުކުރެވޭ ސާމާނުތައް އަރައިޖަމާވެއެވެ. ﷲ تعالى حقّ އާއި بَاطل ގެ މިސާލުޖައްސަވަނީ އެފަދައިންނެވެ. ދެންފަހެ، ވާދީގެމައްޗަށް އެއަރާފައިވާ ފޮނުގަނޑު ބޭނުން ނުކުރެވި ވަޔަށްއަރައިގެން ހިނގައިދެއެވެ. އަދި مَعْدَن ވިރުވި ކަންވާރުގެމައްޗަށް އަރާފައިވާ އޭގެ ހަޑި އަދި ބޭކާރުބައި ދަގުއިފަދަ ތަކެތި އުކައިލެވިދެއެވެ. ދެން މީސްތަކުންނަށް އެފައިދާކުރާބައި ވާދީގެނަމަ ރަނގަޅު ފެނާއި އަދި ކަންވާރުގައިނަމަ ވިރިފައިވާ مَعْدَن ثابت ވެ ހުރެއެވެ. ﷲ تعالى މިސާލުތައް ޖައްސަވަނީ އެފަދައިންނެވެ. މީސްތަކުން އެއަށް ވިސްނާ އެއިން عبرة حاصل ކުރާށެވެ. މިއީ حقّ އާއި باطل ގެ ފުރިހަމަ މިސާލެކެވެ. باطل އަކީ ކުޑަވަގުތުކޮޅަކުއޮތަސް ފެންގަނޑުމަތީ އޮތް ފޮނުގަނޑު އޮތްގޮތަށް އިރުކޮޅަކުއޮތަސް އެފޮނުގަނޑު ވަޔަށް އަރައިގެން ދިޔަގޮތަށް އަރައިގެން ދާނޭ އެއްޗެކެވެ. حقّ އެއީ މީސްތަކުންނަށް ފައިދާކުރާނޭ އެއްޗެކެވެ. އޭތި ވަޔަށް ބުރައިގެން ނުދާނެއެވެ. ވާދީގެ ފެންގަނޑުފަދައިން ސާބިތުވެއޮންނާނެއެވެ. ހަމައެފަދައިން معدن ވިރުވި ކަންވާރުގެމައްޗަށް އެރި ބޭކާރުބައި އެއީ باطل ގެ މިސާލެވެ. އެބައި އުކައިލެވޭނީއެވެ. އޭގެފައިދާކުރާބައި ކަންވާރުގެ އަޑީގައި ސާބިތުވެހުންނާނެއެވެ. އެއީ حقّ ގެ މިސާލެވެ. والله أعلم.

Verse 18

لِلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمُ ٱلْحُسْنَىٰ ۚ وَٱلَّذِينَ لَمْ يَسْتَجِيبُوا۟ لَهُۥ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لَٱفْتَدَوْا۟ بِهِۦٓ ۚ أُو۟لَـٰٓئِكَ لَهُمْ سُوٓءُ ٱلْحِسَابِ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمِهَادُ

Transliteration lilladhīna is'tajābū lirabbihimu l-ḥus'nā wa-alladhīna lam yastajībū lahu law anna lahum mā fī l-arḍi jamīʿan wamith'lahu maʿahu la-if'tadaw bihi ulāika lahum sūu l-ḥisābi wamawāhum jahannamu wabi'sa l-mihādu

Dhivehi ﷲ އަށް އީމާންވެ އަދި رسول އާއި تبع ވެ ކިޔަމަންތެރިވުމަށް ގޮވާލެވުމުން އެބަޔަކު އެބަޔަކުގެ ربّ އަށް އިޖާބަދީ ކިޔަމަންތެރިވެ رسول އާއި تبع ވީމީހުންނަށް ހުރީ قيامة ދުވަހުން ސުވަރުގެއެވެ. ބޮޑުވެގެންވާ نعمة އެވެ. އަދި ﷲ އަށް އީމާންނުވެ رسول އާއި تبع ނުވި މީހުން ދަންނައެވެ! قيامة ދުވަހުން އެމީހުންނަށް އެހުރި عذاب ން ސަލާމަތްވުމަށް އެމީހުންނަށް ދުނިޔެއާއި އެތާ ވާހާތަކެއްޗާއި އަދި އެފަދަ އިތުރު އެހާތަކެތި އޮތްނަމަވެސް އެތަކެތި فدية އެއްގެގޮތުގައި ދީ ސަލާމަތްވޭތޯ ބެލީހެވެ. (ނަމަވެސް އެއީ ދެން ވާނޭކަމެއްނޫނެވެ.) އެމީހުންނަށް ހުރީ ހިސާބު ބެއްލެވުމުގެ އެންމެނުބައި ގޮތެވެ. އެއީ އެއްވެސް ތަންކޮޅެއް عفو ނުވެ ހުރިހާ ފާފައަކަށް عذاب ލިބުމެވެ. އެމީހުންގޮސް ތިބޭނެތަނަކީ قيامة ދުވަހުން ނަރަކައެވެ. އެއީ ނުބައި ތަންމައްޗެކެވެ.

Verse 19

۞ أَفَمَن يَعْلَمُ أَنَّمَآ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ كَمَنْ هُوَ أَعْمَىٰٓ ۚ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَـٰبِ

Transliteration afaman yaʿlamu annamā unzila ilayka min rabbika l-ḥaqu kaman huwa aʿmā innamā yatadhakkaru ulū l-albābi

Dhivehi ހަމަކަށަވަރުން ކަލޭގެފާނަށް ކަލޭގެފާނުންގެ ربّ ގެ حضرة ން ބާވައިލެއްވޭތަކެތި އެއީ حقّ ކަން ދަންނަމީހާއާއި ކަނުމީހާއާއި އެބަހީ: ތިމާގެމައްޗަށް فرض ވެގެންވާ ކަންތައްވެސް އޭނާޔަށް ނޭނގޭ އެއްވެސް ހެޔޮއެއްޗެއް ނޭނގޭ جاهل މީހާއައި ދެމީހުން އެއްފަދަހެއްޔެވެ؟ އެދެމީހުން އެއްވަރުވާނެހެއްޔެ؟ ނުވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން وعظ نصيحة އާއި عبرة ލިބިގަންނާނީ ބުއްދިވެރިންނެވެ.

Verse 20

ٱلَّذِينَ يُوفُونَ بِعَهْدِ ٱللَّهِ وَلَا يَنقُضُونَ ٱلْمِيثَـٰقَ

Transliteration alladhīna yūfūna biʿahdi l-lahi walā yanquḍūna l-mīthāqa

Dhivehi މިބުނާ ބުއްދިވެރިންނަކީ ﷲ ގެ عهد ތައް ފުއްދާމީހުންނެވެ. އަދި އެއްވެސްގޮތަކުން ވެވިފައިވާ عهد ކަށަވަރެއް އުވައިނުލާ މީހުންނެވެ.

Verse 21

وَٱلَّذِينَ يَصِلُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوٓءَ ٱلْحِسَابِ

Transliteration wa-alladhīna yaṣilūna mā amara l-lahu bihi an yūṣala wayakhshawna rabbahum wayakhāfūna sūa l-ḥisābi

Dhivehi އަދި އެމީހުންނަކީ ﷲ تعالى އެމީހުނަށް އެ އެއްޗެއް ކަނޑައިނުލައި ގުޅުވުމަށް أمر ކުރައްވާފައިވާ އެތި ގުޅުވާމީހުންނެވެ. އެބަހީ: رَحِمُ ގުޅުވާމީހުންނެވެ. އަދި އެމީހުންނަކީ އެމީހުންގެ ربّ އަށް ބިރުވެތިވާ އަދި حِسَاب ބެއްލެވުމުގައި جدل ކުރެވި އެކަމުގެ ނުބައިކަމާމެދު ބިރުވެތިވާމީހުންނެވެ.

Verse 22

وَٱلَّذِينَ صَبَرُوا۟ ٱبْتِغَآءَ وَجْهِ رَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَـٰهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ أُو۟لَـٰٓئِكَ لَهُمْ عُقْبَى ٱلدَّارِ

Transliteration wa-alladhīna ṣabarū ib'tighāa wajhi rabbihim wa-aqāmū l-ṣalata wa-anfaqū mimmā razaqnāhum sirran waʿalāniyatan wayadraūna bil-ḥasanati l-sayi-ata ulāika lahum ʿuq'bā l-dāri

Dhivehi އަދި އެމީހުންނަކީ އެމީހުންގެ ربّ ގެ ރުހިވޮޑިގަތުން އެދިގެން ކެތްތެރިވީ މީހުންނެވެ. އަދި އެމީހުންނަކީ ނަމާދު قائم ކުރާމީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުނަށް ދެއްވި ރިޒުގުން ސިއްރާއި ފައުޅުގައިވެސް ﷲ ގެ މަގުގައި ހޭދަކުރާމީހުންނެވެ. އަދި އެމީހުންނަކީ ހެޔޮކަންތައް ކުރުމުގެ ސަބަބުން ނުބައިކަންތައް ދުރުކުރާމީހުންނެވެ. އެމީހުން ދަންނައެވެ! އެމީހުން ކިޔަމަންތެރިވުމާ ގުޅިގެން އެމީހުންނަށް قيامة ދުވަހުން ހުރީ ސުވަރުގެއެވެ.

Verse 23

جَنَّـٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّـٰتِهِمْ ۖ وَٱلْمَلَـٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ

Transliteration jannātu ʿadnin yadkhulūnahā waman ṣalaḥa min ābāihim wa-azwājihim wadhurriyyātihim wal-malāikatu yadkhulūna ʿalayhim min kulli bābin

Dhivehi قائم ވެ ތިބޭ ސުވަރުގެތަކަށް އެމީހުން ވަންނަހުއްޓެވެ. އަދި އީމާންކަމާއި ކިޔަމަންތެރިވުމުގެގޮތުން صلح ވެ ހަމަޖެހިގެންވަންޏާ އެމީހުންގެ ބަފައިންނާއި އަނބިންނާއި އަދި އެމީހުންގެ ދަރިންވެސް އެމީހުންނާއެކު ސުވަރުގެއަށް ވަންނަހުއްޓެވެ. އަދި ސުވަރުގެ ކޮންމެ ދޮރަކުން އެމީހުންގެގާތަށް އެކިއެކި އުފާވެރި خبر އާއިގެން މަލާއިކަތްބޭކަލުން ވެދެވަޑައިގަންނަވާނެއެވެ.

Verse 24

سَلَـٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ

Transliteration salāmun ʿalaykum bimā ṣabartum faniʿ'ma ʿuq'bā l-dāri

Dhivehi އަދި އެބޭކަލުން ވިދާޅުވާނެއެވެ. [ކަލޭމެންގެ މައްޗަށް ސަލާމްހުއްޓެވެ. ކަލޭމެން ކެތްތެރިވުމުގެ ސަބަބުން ކަލޭމެނަށް އެޔާ ވިދިގެން ލިބުނު ސުވަރުގެ ރަނގަޅުވެގެންވެއެވެ.]

Verse 25

وَٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَـٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۙ أُو۟لَـٰٓئِكَ لَهُمُ ٱللَّعْنَةُ وَلَهُمْ سُوٓءُ ٱلدَّارِ

Transliteration wa-alladhīna yanquḍūna ʿahda l-lahi min baʿdi mīthāqihi wayaqṭaʿūna mā amara l-lahu bihi an yūṣala wayuf'sidūna fī l-arḍi ulāika lahumu l-laʿnatu walahum sūu l-dāri

Dhivehi އަދި އެބައިމީހުން ﷲ އާ މެދު ވެފައިވާ عَهْدُ ކަށަވަރު އުވައިލާ، އެ عَهْدُ ގައިވާގޮތަށް عمل ކުރުމަށް އެއްބަސްވުމަށްފަހު އެއަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި، އަދި ނުކަނޑައި ގުޅުވުމަށް ﷲ އެމީހުންނަށް أمر ކުރައްވާފައިވާ ތިމާގެކަމުގެ رَحم ކަނޑައިހެދިމީހުން އަދި އެމީހުން ﷲ އަށް އުރެދި ބިން ފާސިދުކުރާމީހުން ދަންނައެވެ! އެމީހުންނަށް ހުރީ ހަމަ لعنة އެވެ. ﷲ ގެ رحمة އާ ދުރުވުމެވެ. އަދި އެމީހުންނަށް ހުރީ آخرة ގެ ގޮވަތީގެ ނުބައިކަމެވެ. އެއީ ނަރަކައެވެ.

Verse 26

ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ وَفَرِحُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَمَا ٱلْحَيَوٰةُ ٱلدُّنْيَا فِى ٱلْـَٔاخِرَةِ إِلَّا مَتَـٰعٌ

Transliteration al-lahu yabsuṭu l-riz'qa liman yashāu wayaqdiru wafariḥū bil-ḥayati l-dun'yā wamā l-ḥayatu l-dun'yā fī l-ākhirati illā matāʿun

Dhivehi ﷲ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ރިޒުގު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ދަތިކުރައްވައެވެ. ރިޒުގު މަދުކުރައްވައެވެ. އަދި އެބަޔަކަށް އެކަލާނގެ ރިޒުގު ތަނަވަސްކޮށްދެއްވި ބަޔަކު ދުނިޔޭގެ ދިރިއުޅުމަށް އުފާކޮށް މަޖާނަގައެވެ. އަދި އެކަމަކު آخرة ގެ ދިރިއުޅުމަށް ބަލާއިރު ދުނިޔޭގެ ދިރިއުޅުމަކީ ހަމަ ދާދިކުޑަ މިންވަރެއްކަމުގައި މެނުވީ ނުވެއެވެ. ދަތުރުވެރިއަކު ދަތުރުމައްޗަށް ގެންދާ ކުޑައެތިކޮޅެއްފަދަ މަދުއެތިކޮޅެކެވެ.

Verse 27

وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦ ۗ قُلْ إِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَنْ أَنَابَ

Transliteration wayaqūlu alladhīna kafarū lawlā unzila ʿalayhi āyatun min rabbihi qul inna l-laha yuḍillu man yashāu wayahdī ilayhi man anāba

Dhivehi އަދި ކާފަރުވީ މީސްތަކުން ބުނެއެވެ. [އެކަލޭގެފާނަށް يعني: محمّد ﷺ އަށް އެކަލޭގެފާނުންގެ ربّ ގެ حضرة ން ބޮޑު معجزة އެއް ބާވައިލައްވާނެނަމަ ކިހާރަނގަޅުހެއްޔެވެ؟ ނުވަތަ އެކަލޭގެފާނަށް ބޮޑު خزانة އެއްވުންފަދަ - ނުވަތަ އަރިހުގައި މަލާއިކަތް ބޭކަލަކު ހުންނެވުންފަދަ معجزة އެއް ނެތީ ކީއްވެގެންހެއްޔެވެ؟] އޭގެ جواب ގައި ﷲ އެ އަންގަވަނީ އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! [ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކު މަގުފުރައްދަވައި އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ حضرة އަށް رجوع ވެ توبة ވުމަށް މަގުދައްކަވައެވެ. އެއީ އެކަލާނގެއަށް خاصّ ވެގެންވާ ކަމެކެވެ. معجزة ބާވައިލެއްވުމާ ނުލެއްވުންވެސް ވަނީ އެކަލާނގެ އަތްޕުޅުގައެވެ. معجزة އެއްނުލައިވެސް އީމާންވާނެމީހުން އީމާންވަނީއެވެ. އެއީ އެކަލާނގެ އަޅާގެ ހިތަށް ﷲ ވައްދަވާ ނޫރެކެވެ. އަލިކަމެކެވެ.]

Verse 28

ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ

Transliteration alladhīna āmanū wataṭma-innu qulūbuhum bidhik'ri l-lahi alā bidhik'ri l-lahi taṭma-innu l-qulūbu

Dhivehi އެމީހުންނަކީ އެބަހީ: توبة ވީމީހުންނަކީ އީމާންވެގެން އެމީހުންގެ ހިތްތައް ﷲ ގެ ذِكر ން މައިތިރިވެ ހަމަޖެހިގެންވާ މީހުންނެވެ. ﷲ ހަނދާންކޮށް ދުލުން ذكر ކުރުމުގެ كلمة ތައް ކިޔާމީހުންނެވެ. ﷲ އަށް ذكر ކުރުމަކީ ހިތްތައް ހަމަޖެހި މައިތިރިވެ ހިތްތަކަށް سُكُونَة ލިބޭކަމެއްކަން ކަލޭމެން ދަންނާށެވެ!

Verse 29

ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ طُوبَىٰ لَهُمْ وَحُسْنُ مَـَٔابٍ

Transliteration alladhīna āmanū waʿamilū l-ṣāliḥāti ṭūbā lahum waḥus'nu maābin

Dhivehi އަދި އީމާންވެގެން صالح عمل ކުރި މީސްތަކުންނަށް قيامة ދުވަހުން طُوْبَى ވެއެވެ. އަދި އެނބުރިގޮސް ތިބުމަށް ރަނގަޅުތަންވެއެވެ. (އެއީ ސުވަރުގެއެވެ.) • ދަންނައެވެ. طُوبى އަކީ އެއްމާނައެއްގައި ކޮޅުނެތްކޮޅުގެ އުފާވެރިކަމެވެ. ނަމަވެސް މިއާޔަތުގެ تفسير ގައި ވާރިދުވެގެން އައިސްފައިވާ އަސަރުތަކަށް ބަލާއިރު طُوبى އަކީ ސުވަރުގޭގައިވާ ގަހެކެވެ. ސުވަރުގޭގެ އާރުތައް ދެމިގެން އަންނަނީ އެގަހުގެ ބުޑުންކަމުގައިވިއެވެ. މުޅި ސުވަރުގޭގައިވަނީ އެގަހުގެ ހިޔާކަމުގައިވިއެވެ. - والله أعلم. = تفسيرطبري = އަށް ބައްލަވާށެވެ. މިގަހާބެހޭ ދިގުވާހަކަވެއެވެ.

Verse 30

كَذَٰلِكَ أَرْسَلْنَـٰكَ فِىٓ أُمَّةٍ قَدْ خَلَتْ مِن قَبْلِهَآ أُمَمٌ لِّتَتْلُوَا۟ عَلَيْهِمُ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَهُمْ يَكْفُرُونَ بِٱلرَّحْمَـٰنِ ۚ قُلْ هُوَ رَبِّى لَآ إِلَـٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ

Transliteration kadhālika arsalnāka fī ummatin qad khalat min qablihā umamun litatluwā ʿalayhimu alladhī awḥaynā ilayka wahum yakfurūna bil-raḥmāni qul huwa rabbī lā ilāha illā huwa ʿalayhi tawakkaltu wa-ilayhi matābi

Dhivehi އޭ رسول ﷲ އެވެ! ކަލޭގެފާނުގެ ކުރިން ވޭތިވެގޮސްފައިވާ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވިފަދައިން ކަލޭގެފާނުވެސް ތިމަންރަސްކަލާނގެ ހަމައެފަދަ أمّة އަކަށް رسول ކަމާއިގެން ފޮނުއްވީމެވެ. އެއީ އެމީހުން رحمن ވަންތަ ރަސްކަލާނގެއަށް ކާފަރުވާ حال ގައިވެސް ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ތަކެތި ކަލޭގެފާނު އެމީހުންނަށް ކިޔަވާ ވިދާޅުވެދެއްވުމަށެވެ. رسول ކަން އިއްވެވުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! [އެ رحمن އެއީ ތިމަންރަސްކަލާނގެ ربّ އެވެ. އެކަލާނގެ މެނުވީ އެހެން إله އަކު ނުވެއެވެ. حقّ އެހެން إله އަކުނުވެއެވެ. އަދި އަހުރެން وكيل ކޮށް އިތުބާރުކުރަނީ އެކަލާނގެއަށެވެ. އަދި އަހުރެން توبة ވެ رجوع ވުންވެސްވަނީ ހަމަ އެކަލާނގެ حضرة އަށެވެ.]

Verse 31

وَلَوْ أَنَّ قُرْءَانًا سُيِّرَتْ بِهِ ٱلْجِبَالُ أَوْ قُطِّعَتْ بِهِ ٱلْأَرْضُ أَوْ كُلِّمَ بِهِ ٱلْمَوْتَىٰ ۗ بَل لِّلَّهِ ٱلْأَمْرُ جَمِيعًا ۗ أَفَلَمْ يَا۟يْـَٔسِ ٱلَّذِينَ ءَامَنُوٓا۟ أَن لَّوْ يَشَآءُ ٱللَّهُ لَهَدَى ٱلنَّاسَ جَمِيعًا ۗ وَلَا يَزَالُ ٱلَّذِينَ كَفَرُوا۟ تُصِيبُهُم بِمَا صَنَعُوا۟ قَارِعَةٌ أَوْ تَحُلُّ قَرِيبًا مِّن دَارِهِمْ حَتَّىٰ يَأْتِىَ وَعْدُ ٱللَّهِ ۚ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ

Transliteration walaw anna qur'ānan suyyirat bihi l-jibālu aw quṭṭiʿat bihi l-arḍu aw kullima bihi l-mawtā bal lillahi l-amru jamīʿan afalam yāy'asi alladhīna āmanū an law yashāu l-lahu lahadā l-nāsa jamīʿan walā yazālu alladhīna kafarū tuṣībuhum bimā ṣanaʿū qāriʿatun aw taḥullu qarīban min dārihim ḥattā yatiya waʿdu l-lahi inna l-laha lā yukh'lifu l-mīʿāda

Dhivehi އަދި އެ قرآن ގެ ސަބަބުން ފަރުބަދަތައް ހުރިތަނުން ލުހިގެންގޮސް އެހެންތާކަށް ދިޔަނަމަވެސް އަދި ނުވަތަ އެ قرآن ގެ ސަބަބުން އޭގެ ކީރިތިކަމުން ބިންގަނޑު ކުދިކުދިވިޔަސް އަދި ނުވަތަ އެ قرآن ގެ كرامة ން މަރުވެފައިވާމީހުން ވާހަކަދެއްކިޔަސް (އެ قرآن އެއްކަމުގައިވާނީ ހަމަމި قرآن އެވެ. އެހެންނަމަވެސް އެކާފަރުންތައް އީމާނެއްނުވީހެވެ.) އަދި ކިއެއްހެއްޔެވެ؟ އެންމެހައި ކަމެއް خاصّ ވެ ملك ވެގެންވަނީ ހަމަ ﷲ އަށެވެ. (އެކަލާނގެ އެދިވޮޑިގަންނަވާގޮތަކަށް އެކަލާނގެ ކަންތައް ގެންދަވައެވެ. مُعْجِزَة އެއް ގެންނަވަން އެދިވޮޑިގެންނެވިނަމަވެސް ގެންނަވައިފީހެވެ.) އަދި ކާފަރުވެއްޖެމީހުން އެމީހުން ކުރިކަންތަކުގެ ސަބަބުން އެބަހީ: އެމީހުން ﷲ އަށް ކާފަރުވެ رسول ން ދޮގުކުރުމުގެ ސަބަބުން އެމީހުންނަށް ބޮޑުވެގެންވާ ހަލާކެއް ނުވަތަ كَارِثَة އެއް އައުމުން ފިލާނުދެއެވެ. ނުވަތަ އެމީހުންގެ ގޯތިގެދޮރާ ދާދިގާތަށް ބޮޑު مصيبة އެއް އަތުވެއްޖައުމަށްދާންދެން އެކާފަރުކަންމަތީ ދެމިތިބުމުން ފިލާނުދެއެވެ. (މިބުނާ مصية އަކީ مكّة فتح ކުރެއްވުމަށް رسول ﷲ ﷺ ވަޑައިގަތުން ކަމުގައި ބައެއް مفسّر ން ވިދާޅުވެއެވެ. އެއީ ﷲ ގެ وعد ފުޅުގެ މުރާދެވެ.) ހަމަކަށަވަރުން ﷲ تعالى އެކަލާނގެ ކުރެއްވި وعد ފުޅާ خلاف ވެވޮޑިނުގަންނަވައެވެ.

Verse 32

وَلَقَدِ ٱسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَأَمْلَيْتُ لِلَّذِينَ كَفَرُوا۟ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ

Transliteration walaqadi us'tuh'zi-a birusulin min qablika fa-amlaytu lilladhīna kafarū thumma akhadhtuhum fakayfa kāna ʿiqābi

Dhivehi އޭ رسول ﷲ އެވެ! ހަމަކަށަވަރުން ކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި رسول ންނަށްވެސް ކާފަރުން މަލާމާތްކޮށް ފުރައްސާރަކުރިއެވެ. އަދި އެކާފަރުންނަށް ތިމަންރަސްކަލާނގެ ތަންވަޅުދެއްވައިބޭތިއްބީމެވެ. ދެން ހަމަ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކުކުރެއްވީމެވެ. ފަހެ ތިމަންރަސްކަލާނގެ عقوبة އެމީހުންގެ މައްޗަށް ވެގެންދިޔައީ ކޮންފަދައަކުންހެއްޔެވެ؟

Verse 33

أَفَمَنْ هُوَ قَآئِمٌ عَلَىٰ كُلِّ نَفْسٍۭ بِمَا كَسَبَتْ ۗ وَجَعَلُوا۟ لِلَّهِ شُرَكَآءَ قُلْ سَمُّوهُمْ ۚ أَمْ تُنَبِّـُٔونَهُۥ بِمَا لَا يَعْلَمُ فِى ٱلْأَرْضِ أَم بِظَـٰهِرٍ مِّنَ ٱلْقَوْلِ ۗ بَلْ زُيِّنَ لِلَّذِينَ كَفَرُوا۟ مَكْرُهُمْ وَصُدُّوا۟ عَنِ ٱلسَّبِيلِ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ

Transliteration afaman huwa qāimun ʿalā kulli nafsin bimā kasabat wajaʿalū lillahi shurakāa qul sammūhum am tunabbiūnahu bimā lā yaʿlamu fī l-arḍi am biẓāhirin mina l-qawli bal zuyyina lilladhīna kafarū makruhum waṣuddū ʿani l-sabīli waman yuḍ'lili l-lahu famā lahu min hādin

Dhivehi އަޅެފަހެ ކޮންމެ نفس އެއްގެމައްޗަށް ރައްކާތެރިވުމާއި ރިޒުގުދެއްވުމާއި އަދި އެ نفس އެއް ކުރި عمل އެއް ބެލެހެއްޓުމާއިގެން قائم ވެވޮޑިގެންވާ ކަލާނގެއާ، އެއްވެސްގޮތަކުން އަޑެއް ނުއިވޭ އެއްޗެއް ނުފެންނަ އެއްވެސްކަމެއް ނުކުރެވޭތަކެއްޗާ ހަމަހަމަހެއްޔެވެ؟ ﷲ އަށްވާ شريك ންކަމުގައި އެމީހުން އެތަކެތި ލައިފިއެވެ. އޭ رسول އާއެވެ! ކަލޭގެފާނު ވިދާޅުވާށެވެ! [އެމީހުން އެތަކެއްޗަށް ނަންކިޔައި ބަލާށެވެ! އެމީހުން އެތަކެއްޗަށް إله ން ކިޔައިފިއްޔާ އެއީ އެންމެބޮޑު ދޮގެވެ. އެހެނީ ﷲ އަށް شريك އަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެހެން إله އަކުވެސް ނުވެއެވެ. ނުވަތަ ބިމުގައި އެކަލާނގެއަށް އެގިވޮޑިނުގަންނަވާ އެއްޗެއްގެ خبر އެމީހުން އެކަލާނގެއަށް ދެނީހެއްޔެވެ؟ ނުވަތަ ހަމަ ބުނެ ފާޅުކޮށްލާ ދޮގުހުސްބައެއް އެމީހުން ބުނަނީހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ ކާފަރުވީ މީސްތަކުން ދަންނައެވެ! އެމީހުންގެ ކާފަރުކަމާ شرك ގެ ބަސް އެމީހުންނަށް ޒީނަތްތެރިކުރެވުނީއެވެ. شيطان އެމީހުންނަށް ޒީނަތްކޮށްދިނީއެވެ. އަދި އެމީހުން ﷲ ގެމަގުން ދުރުކުރެވިގެންވެއެވެ. ނުވަތަ އެމީހުން ﷲ ގެމަގުން އެހެންމީހުން ދުރުކޮށް ބަންދުކޮށްހަދައެވެ. އަދި ﷲ އެމީހަކު މަގުފުރައްދަވައިފި އަޅަކަށް ތެދުމަގުދައްކަވާނެ އެކަކުވެސް ނުވެއެވެ.]

Verse 34

لَّهُمْ عَذَابٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَشَقُّ ۖ وَمَا لَهُم مِّنَ ٱللَّهِ مِن وَاقٍ

Transliteration lahum ʿadhābun fī l-ḥayati l-dun'yā walaʿadhābu l-ākhirati ashaqqu wamā lahum mina l-lahi min wāqin

Dhivehi އެމީހުންނަށް ދުނިޔޭގެ حياة ގައި ހުރީ ކަނޑައެޅިގެން عذاب އެވެ. (އެއީ ހަނގުރާމައިގައި ހައްޔަރުވުމާއި / مؤمن ންގެއަތުން އެމީހުން މަރުވުމާއި އަދި ބޮޑެތި ބަލާ مصيبة ޖެހުމެވެ.) އަދި آخرة ގެ عذاب މާގަދަވެފައި އުނދަގޫކަން މާބޮޑެވެ. އެއީ ނަރަކައިގެ ވަށްނިވަންނީގެ عذاب އެވެ. އަދި ﷲ ގެ حضرة ން އަތުވެދާނެ އެއްވެސް عذاب އެއް އުނދަގުލެއްގެ ފަރާތުން އެމީހުން دفاع ކޮށްދީ ސަލާމަތްކޮށްދޭނޭ އެކަކުވެސް ނުވެއެވެ.

Verse 35

۞ مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ أُكُلُهَا دَآئِمٌ وَظِلُّهَا ۚ تِلْكَ عُقْبَى ٱلَّذِينَ ٱتَّقَوا۟ ۖ وَّعُقْبَى ٱلْكَـٰفِرِينَ ٱلنَّارُ

Transliteration mathalu l-janati allatī wuʿida l-mutaqūna tajrī min taḥtihā l-anhāru ukuluhā dāimun waẓilluhā til'ka ʿuq'bā alladhīna ittaqaw waʿuq'bā l-kāfirīna l-nāru

Dhivehi تقوى ވެރިންނަށް وعد ވެވިގެންވާ ސުވަރުގޭގެ މިސާލަކީ އެތަންތާނގެދަށުން އާރުތައް ދެމޭ ބަގީޗާއެއްގެ މިސާލެވެ. އެތާނގެ ކާތަކެތި އެއީ ހުސްވުމެއްނެތް މެދުކެނޑުމެއްނެތް ދާއިމީ އެއްޗެކެވެ. އަދި އެތާނގެ ހިޔަލަކީވެސް ހަމަ ދާއިމީ އެއްޗެކެވެ. އެހެނީ އަވިދޭނެ އިރެއް ނުވެއެވެ. تقوى ވެރިވީ މީހުންގެ ކިޔަމަންތެރިކަމުގެ ފަހުކޮޅުގެ ގޮވައްޗަކީ އެއީއެވެ. އަދި ކާފަރުވީ މީސްތަކުންގެ ނުކިޔަމަންތެރިކަމުގެ ފަހުކޮޅަކީ ނަރަކައެވެ.

Verse 36

وَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَفْرَحُونَ بِمَآ أُنزِلَ إِلَيْكَ ۖ وَمِنَ ٱلْأَحْزَابِ مَن يُنكِرُ بَعْضَهُۥ ۚ قُلْ إِنَّمَآ أُمِرْتُ أَنْ أَعْبُدَ ٱللَّهَ وَلَآ أُشْرِكَ بِهِۦٓ ۚ إِلَيْهِ أَدْعُوا۟ وَإِلَيْهِ مَـَٔابِ

Transliteration wa-alladhīna ātaynāhumu l-kitāba yafraḥūna bimā unzila ilayka wamina l-aḥzābi man yunkiru baʿḍahu qul innamā umir'tu an aʿbuda l-laha walā ush'rika bihi ilayhi adʿū wa-ilayhi maābi

Dhivehi އޭ رسول ﷲ އެވެ. ކަލޭގެފާނަށް އީމާންވީ މީހުންގެތެރެއިން ތިމަންރަސްކަލާނގެ ފޮތްދިންމީހުން އެބަހީ: (އެމީހުންގެތެރެއިން ކަލޭގެފާނަށް އީމާންވީ މީހުން) ކަލޭގެފާނަށް ބާވައިލެއްވޭ قرآن އަށް އުފާކުރެއެވެ. އަދި އެހެނިހެން ދީންދީނުގެ أهل ވެރިންގެތެރޭގައި ބާވައިލެއްވޭ ބައެއްތަކެއްޗަށް އިންކާރުކުރާމީހުންވެއެވެ. އޭ رسول ﷲ އެވެ. ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް أمر ވެވިގެންވަނީ ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށެވެ. އަދި އެކަލާނގެއާއި ހަމައެކައްޗަކާވެސް شريك ނުކުރުމަށެވެ. އަދި ތިމަންކަލޭގެފާނު إخلاص ތެރިކަމާއިއެކު އަޅުކަންކުރަނީ ހަމައެކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރިދާނީވެސް ހަމައެކަލާނގެ حضرة އަށެވެ.

Verse 37

وَكَذَٰلِكَ أَنزَلْنَـٰهُ حُكْمًا عَرَبِيًّا ۚ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ مَا جَآءَكَ مِنَ ٱلْعِلْمِ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّ وَلَا وَاقٍ

Transliteration wakadhālika anzalnāhu ḥuk'man ʿarabiyyan wala-ini ittabaʿta ahwāahum baʿdamā jāaka mina l-ʿil'mi mā laka mina l-lahi min waliyyin walā wāqin

Dhivehi އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ކީރިތި قرآن ބާވާތް ލެއްވިފަދައިން، ތިމަންރަސްކަލާނގެ އެފޮތް ބާވާތްލެއްވީ عرب ބަހުންވާ حكم ތަކެއްކަމުގައެވެ. (އެއީ އެފޮތާއިގެން ވަޑައިގެންނެވި رسول އާއަކީ عربى އެކެވެ. އަދި ފުރަތަމަ އެފޮތް އަހަންތިބި މައިގަނޑު މީހުންނަކީ ހަމަ عربى ންނެވެ. އެގޮތުން ފޮތުގެ مقصد حاصل ވުން އަވަސްވެފައި ފަސޭހަވާނެއެވެ.) އަދި ކަލޭގެފާނަށް علم ގެތެރެއިން ނުވަތަ وحي ގެ خبر ތަކުން މިއައި ތަކެތި އައުމަށްފަހު އެ مشرك ންގެ هوى نفس އާއި އެމީހުންގެ އަމިއްލަ އެދުމާއި ކަލޭގެފާނު تبع ވެވަޑައިގެންފިއްޔާ ﷲ ގެ حضرة ން ކަލޭގެފާނަށް އަތުވެދާނޭ ނުރައްކަލެއް دفاع ކޮށްދެއްވައި ކަލޭގެފާނު ސަލާމަތްކޮށްދޭނޭ އެއްވެސް (ސަހަރޯވެރިއެއްވެސް މަދަދުގާރެއްވެސް) ކަލޭގެފާނަކަށް ނުވާނެއެވެ.

Verse 38

وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَٰجًا وَذُرِّيَّةً ۚ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۗ لِكُلِّ أَجَلٍ كِتَابٌ

Transliteration walaqad arsalnā rusulan min qablika wajaʿalnā lahum azwājan wadhurriyyatan wamā kāna lirasūlin an yatiya biāyatin illā bi-idh'ni l-lahi likulli ajalin kitābun

Dhivehi އަދި ކަލޭގެފާނުންގެ ކުރިންވެސް ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބީންނާއި ދަރިފަސްކޮޅުވެސް ތިމަންރަސްކަލާނގެ ލެއްވީމެވެ. (އޭގެ މާނައީ އެބޭކަލުންވެސް ލެއްވީ ހަމަ އާދަމުގެދަރިންކަމުގައެވެ. ملائكة ބޭކަލުންކަމުގައި ނުލައްވަމެވެ.) އަދި އެއްވެސް رسول ބޭކަލަކަށް ﷲ ގެ أمر ފުޅަށްމެނުވީ އެއްވެސް معجزة އެއް ގެންނެވުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. ކުޅަދާނަވާނެކަމެއްނޫނެވެ. އަދިކޮންމެކަމަކަށްވެސް ފޮތުގައި ލިއުމެއްވެއެވެ. އެއީ ﷲ ގެ قضاء قدر ނިޔާކުރައްވާފައިވާ ގޮތެވެ.

Verse 39

يَمْحُوا۟ ٱللَّهُ مَا يَشَآءُ وَيُثْبِتُ ۖ وَعِندَهُۥٓ أُمُّ ٱلْكِتَـٰبِ

Transliteration yamḥū l-lahu mā yashāu wayuth'bitu waʿindahu ummu l-kitābi

Dhivehi އަދި އެފޮތުގައި ﷲ އެދިވޮޑިގަންނަވާ އެއްޗެއް ސާބިތުކުރައްވައި އެދިވޮޑިގަންނަވާ އެއްޗެއް ނެތިކުރައްވައި ބަދަލުކުރައްވައި ހައްދަވައެވެ. އަދި ފޮތުގެ أصل އާއި މައިގަނޑުވަނީ އެކަލާނގެ حضرة ގައެވެ. އެއީ لَوحُ المَحْفُوظ އެވެ. އަދި އެއީ حلال އާއި حرام ކަމުގައި ބައެއްބޭކަލުން بيان ކުރައްވާފައިވެއެވެ. والله أعلم.

Verse 40

وَإِن مَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ وَعَلَيْنَا ٱلْحِسَابُ

Transliteration wa-in mā nuriyannaka baʿḍa alladhī naʿiduhum aw natawaffayannaka fa-innamā ʿalayka l-balāghu waʿalaynā l-ḥisābu

Dhivehi އޭ رسول ﷲ އެވެ! އެ مشرك ންނަށް ތިމަންރަސްކަލާނގެ ދެއްވާނެކަމަށް وعد ކުރެއްވި ބައެއްތަކެތި عقوبة އާއި عذاب ހަމަކަށަވަރުން ކަލޭގެފާނަށް ދައްކަވާހުށީމެވެ. ނުވަތަ އެހެންޏާ އޭގެކުރިން ކަލޭގެފާނު މަރުގަންނަވާ ހުރީމެވެ. ފަހެ ކަލޭގެފާނުންގެ މައްޗަށް واجب ވެގެންވާކަންކަށަވަރީ رسول ކަން އިއްވައިދެއްވުމެވެ. އެމީހުންނާއިމެދު ހިސާބު ބެއްލެވުން (އަދި ޖަޒާދެއްވުން) އޮންނާނީ ތިމަންރަސްކަލާނގެއަށެވެ.

Verse 41

أَوَلَمْ يَرَوْا۟ أَنَّا نَأْتِى ٱلْأَرْضَ نَنقُصُهَا مِنْ أَطْرَافِهَا ۚ وَٱللَّهُ يَحْكُمُ لَا مُعَقِّبَ لِحُكْمِهِۦ ۚ وَهُوَ سَرِيعُ ٱلْحِسَابِ

Transliteration awalam yaraw annā natī l-arḍa nanquṣuhā min aṭrāfihā wal-lahu yaḥkumu lā muʿaqqiba liḥuk'mihi wahuwa sarīʿu l-ḥisābi

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިންގަނޑު އެކިފަރާތުން މަދުކުރައްވާ އުނިކުރައްވާކަން އެމީހުންނަށް އެބަހީ: مكّة ގެ مشرك ންނަށް ފަހެ ނޭނގޭބާވައެވެ. އަދި މިހާރު ތިބި مشرك ންނަށްވެސް އެނގެންވާނެއެވެ. (އިހަށްދުވަހު އެދިޔައީ އިންޑޮނޭޝިޔާގެ ބައެކެވެ. އޭގެކުރިން އެހެން ރަށެއްގެ ބައެކެވެ. މާދަމާ އަނެއް ރަށަކުންނެވެ. ދިވެހިރާއްޖޭގެ ރަށްރަށުންވެސް އެފަދައެވެ. އަދި ﷲ އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން حكم ކުރައްވައެވެ. ބޭނުންވެވޮޑިގަންނަވާ ގޮތަކަށް ކަންތައް ގެންނަވައެވެ. އަދި އޭރުން ސުނާމީގެ އިޝާރާތް ބަލާ މީޓަރުތައް ދާނީ ހަމަ ވަތަކުތޯޖަހާފައެވެ. އަދި އެކަލާނގެ އެކުރައްވާ حكم އަކާމެދު إعتراض އެއް ކޮށްލާ އެ حكم އަނބުރާ ގެންދެވޭނެ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެއީ قيامة ދުވަހުން އަޅުތަކުންނަށް حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.

Verse 42

وَقَدْ مَكَرَ ٱلَّذِينَ مِن قَبْلِهِمْ فَلِلَّهِ ٱلْمَكْرُ جَمِيعًا ۖ يَعْلَمُ مَا تَكْسِبُ كُلُّ نَفْسٍ ۗ وَسَيَعْلَمُ ٱلْكُفَّـٰرُ لِمَنْ عُقْبَى ٱلدَّارِ

Transliteration waqad makara alladhīna min qablihim falillahi l-makru jamīʿan yaʿlamu mā taksibu kullu nafsin wasayaʿlamu l-kufāru liman ʿuq'bā l-dāri

Dhivehi އަދި އެ كافر ންވެސް އެބަހީ: އިސްވެދިޔަ أمّة ތަކުގައިތިބި ކާފަރުންވެސް އެމީހުންގެ رسول ންނާމެދު مكر ހަދާ ނުބައިގޮތް ރޭވިއެވެ. އަދި އެންމެހައި مكر އެއް خاصّ ވެގެންވަނީ ﷲ އަށެވެ. އެބަހީ: އެންމެހައި ހަރުދަނާ ރޭވުމެއް ވަނީ ﷲ އަށެވެ. ކޮންމެ نفس އެއްވެސް އެހޯދައިގަތް އެއްޗެއް ނުވަތަ ކުރިއްޔާ ކުރި عمل އެއް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި آخرة ގައި ހެވާ ނުބައި ވަނީ ކޮންބަޔަކަށްކަން ނިކަން ހުރެ އެކާފަރުންނަށް އެނގިދާނެއެވެ. އެއީ ހެޔޮލަފާ މީހުން ސުވަރުގެއަށްގޮސް ނުބައި ނުލަފާމީހުން ނަރަކައަށް ވަނީމައެވެ.

Verse 43

وَيَقُولُ ٱلَّذِينَ كَفَرُوا۟ لَسْتَ مُرْسَلًا ۚ قُلْ كَفَىٰ بِٱللَّهِ شَهِيدًۢا بَيْنِى وَبَيْنَكُمْ وَمَنْ عِندَهُۥ عِلْمُ ٱلْكِتَـٰبِ

Transliteration wayaqūlu alladhīna kafarū lasta mur'salan qul kafā bil-lahi shahīdan baynī wabaynakum waman ʿindahu ʿil'mu l-kitābi

Dhivehi އޭ رسول ﷲ އެވެ! އަދި ކާފަރުންގެމީހުން ބުނެއެވެ. ކަލޭގެފާނަކީ ފޮނުއްވިގެންވާ ބޭކަލެއްކަމުގައި ނުވެއެވެ. رسول ބޭކަލެއްނޫނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނާއި ކަލޭމެނާދެމެދުގެ ހެކިވެރިޔަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. (އަހުރެންނަކީ رسول ބޭކަލެއްކަމަށް އެކަލާނގެ ހެކިވެވޮޑިގަންނަވާނެއެވެ.) އަދި عبد ﷲ بن سلام ކަހަލަ އެމީހެއްގެ ކިބައިގައި تَورَاةُ ފަދަބާވާތްލެއްވި ފޮތުގެ علم ވާ ކޮންމެ މީހަކުވެސް ހެކިވާނެއެވެ.

Read Surah Ar-Ra'd in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.