MyDugsiStart learning

Surah An-Naml in Dhivehi: translation and audio

Surah 27 · النمل · The Ant · 93 verses

Surah An-Naml verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah An-Naml word by word in English.

Verse 1

طسٓ ۚ تِلْكَ ءَايَـٰتُ ٱلْقُرْءَانِ وَكِتَابٍ مُّبِينٍ

Transliteration tta-seen til'ka āyātu l-qur'āni wakitābin mubīnin

Dhivehi طس މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. إبن عبّاس ގެ އަރިހުން ރިވާވެގެންވާގޮތުގައި އެއީ ހުވައެކެވެ. والله أعلم. ހަމަކަށަވަރުން މިއީ قرآن ގެ އާޔަތްތަކެވެ. އަދި بيان ވެގެންވާ ފޮތުގެ އާޔަތްތަކެވެ.

Verse 2

هُدًى وَبُشْرَىٰ لِلْمُؤْمِنِينَ

Transliteration hudan wabush'rā lil'mu'minīna

Dhivehi އެއީ مؤمن ންނަށްވާ ތެދުމަގަކާއި އަދި بَشَارة ބަހެކެވެ. އުފާވެރި خبر ތަކެކެވެ.

Verse 3

ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ

Transliteration alladhīna yuqīmūna l-ṣalata wayu'tūna l-zakata wahum bil-ākhirati hum yūqinūna

Dhivehi މިބުނާ مؤمن ންނަކީ އެމީހުން ނަމާދު قائم ކުރާ އަދި ޒަކާތްދޭމީހުންނެވެ. އަދި ކަނޑައެޅިގެން آخرة އަންނާނެކަމަށް އެމީހުން يقين ކުރާ މީހުންނެވެ.

Verse 4

إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ زَيَّنَّا لَهُمْ أَعْمَـٰلَهُمْ فَهُمْ يَعْمَهُونَ

Transliteration inna alladhīna lā yu'minūna bil-ākhirati zayyannā lahum aʿmālahum fahum yaʿmahūna

Dhivehi އަދި ހަމަކަށަވަރުން آخرة ދުވަހަށް إيمان ނުވާމީހުން އެދުވަސް ތެދުނުކުރާ މީހުން ދަންނައެވެ. ތިމަންރަސްކަލާނގެ އެމީހުންގެ (އެނުބައި) عمل ތައް އެމީހުންނަށް ޒީނަތްތެރިކޮށްދިނީމެވެ. ފަހެ އެމީހުން އެކަމުގައި ދެފުށުއެޅިއެޅި ތިބެއެވެ. އަނދިރިވެގެންވެއެވެ. ހިތް އަނދިރިވެގެންވެއެވެ.

Verse 5

أُو۟لَـٰٓئِكَ ٱلَّذِينَ لَهُمْ سُوٓءُ ٱلْعَذَابِ وَهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ

Transliteration ulāika alladhīna lahum sūu l-ʿadhābi wahum fī l-ākhirati humu l-akhsarūna

Dhivehi އެމީހުން ދަންނައެވެ. އެމީހުންނަށް ހުރީ ހަމަ ނުބައި عذاب އެވެ. އަދި ކަނޑައެޅިގެން އެމީހުންނަކީ آخرة ގައި އެންމެބޮޑަށް ގެއްލި ހަލާކުވެގެންވާ މީހުންނެވެ.

Verse 6

وَإِنَّكَ لَتُلَقَّى ٱلْقُرْءَانَ مِن لَّدُنْ حَكِيمٍ عَلِيمٍ

Transliteration wa-innaka latulaqqā l-qur'āna min ladun ḥakīmin ʿalīmin

Dhivehi (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ކަލޭގެފާނު قرآن ލިބިވަޑައިގަންނަވަނީ، އެބަހީ: قرآن ދަސްފުޅުކުރައްވައި އުނގެނިވަޑައިގަންނަވަނީ حكمة ވަންތަ އަދި ދެނެވޮޑިގެންވާ ކަލެއްގެ حضرة ންނެވެ. (އެއީ މާތް ﷲ އެވެ. عالم ތަކުގެ ވެރި ربّ އެވެ.)

Verse 7

إِذْ قَالَ مُوسَىٰ لِأَهْلِهِۦٓ إِنِّىٓ ءَانَسْتُ نَارًا سَـَٔاتِيكُم مِّنْهَا بِخَبَرٍ أَوْ ءَاتِيكُم بِشِهَابٍ قَبَسٍ لَّعَلَّكُمْ تَصْطَلُونَ

Transliteration idh qāla mūsā li-ahlihi innī ānastu nāran saātīkum min'hā bikhabarin aw ātīkum bishihābin qabasin laʿallakum taṣṭalūna

Dhivehi موسى عليه السّلام އެކަލޭގެފާނުންގެ أهل ވެރިންނަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް އަލިފާނެއް ފެނެއެވެ. އެތަނުން خبر އެއް ނުވަތަ އަލިފާންކޮޅެއް ހިފައިގެން ކަލޭމެންގެގާތަށް އަހުރެން އަންނާނަމެވެ. (ކަލޭމެން މިތާ ތިބޭށެވެ.) އެއީ ކަލޭމެން ހީފިލުވާލުމުގެ أمّيد ގައެވެ. • ދަންނައެވެ. މިއިޝާރަތްވަނީ ސަލާމްލެއްވި موسى ގެފާނު އެކަލޭގެފާނުން أهل ވެރިންނާއިގެން مَدْيَنُ ދޫކުރައްވައި مصر އަށް ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅަށެވެ. އެއީ ފިނިބާރު ރެއެކެވެ. ހީފިލުމަށް އަލިފާންކޮޅަކަށް ބޭނުންވެވަޑައިގެންފައިވެއެވެ.

Verse 8

فَلَمَّا جَآءَهَا نُودِىَ أَنۢ بُورِكَ مَن فِى ٱلنَّارِ وَمَنْ حَوْلَهَا وَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَـٰلَمِينَ

Transliteration falammā jāahā nūdiya an būrika man fī l-nāri waman ḥawlahā wasub'ḥāna l-lahi rabbi l-ʿālamīna

Dhivehi ދެންފަހެ އެކަލޭގެފާނު އެއަލިފާނާއި ހަމައަށް (ނުވަތަ އެއަލިކަމާއި ހަމައަށް) ވަޑައިގެންނެވުމުން އެކަލޭގެފާނަށް ނިދާ އިއްވެވުނެވެ. (ގޮވައިލެއްވެވުނެވެ.) ހަމަކަށަވަރުން އަލިފާނުގައި - ނުވަތަ އަލިކަމުގައިވާ ކަލާނގެ بَركاة ވަންތަވެވޮޑިގެންވެއެވެ. އަދި އެއަލިކަމުގެ ވަށައިގެންވާ ބަޔަކުވެސް بركاة ވެގެންވެއެވެ. (އެއީ ملائكة ބޭކަލުންނާއި موسى ގެފާނެވެ.) އަދި ﷲ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. - އެއީ عَالم ތަކުގެ ވެރި ربّ އެވެ.

Verse 9

يَـٰمُوسَىٰٓ إِنَّهُۥٓ أَنَا ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ

Transliteration yāmūsā innahu anā l-lahu l-ʿazīzu l-ḥakīmu

Dhivehi އޭ موسى އެވެ. ހަމަކަށަވަރުން މި نور އަކީ މިއަލިކަމަކީ (ނުވަތަ މި އަލިފާނަކީ) ތިމަން ﷲ އެވެ. އެއީ عزّة ވަންތަ އަދި حكمة ވަންތަ ކަލާނގެއެވެ. • ދަންނައެވެ. މިދެއާޔަތުގެ تفسير ގައި ދަންނަބޭކަލުން ތަފާތު ގޮތްގޮތަށް ވިދާޅުވެފައިވެއެވެ. މިތާ މިވަނީ އޭގެތެރެއިން އެއްގޮތެވެ. والله أعلم بالصّواب

Verse 10

وَأَلْقِ عَصَاكَ ۚ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰ لَا تَخَفْ إِنِّى لَا يَخَافُ لَدَىَّ ٱلْمُرْسَلُونَ

Transliteration wa-alqi ʿaṣāka falammā raāhā tahtazzu ka-annahā jānnun wallā mud'biran walam yuʿaqqib yāmūsā lā takhaf innī lā yakhāfu ladayya l-mur'salūna

Dhivehi (އޭ موسى އެވެ!) ކަލޭގެފާނުންގެ އަސާކޮޅު އެއްލަވާށެވެ! (ދެން އެކަލޭގެފާނު އެއަސާކޮޅު އެއްލެވުމުން އެއަސާކޮޅު ހަރުފަޔަކަށްވެގެން حركاة ތެރިވާން ފަށައިފިއެވެ.) ފަހެ އެއެތިކޮންފަދަހެއްޔެވެ؟ އެއެތި جَانُّ އެއްފަދައެވެ. އެއީ ހަރުފައިގެ ވައްތަރެކެވެ. އަދި موسى عليه السّلام ފުރަގަސްދެއްވާ އެއާ ދުރަށް ވަޑައިގެންފިއެވެ. އަދި ހުންނެވިތަނަށް ވަޑައިނުގެންނެވިއެވެ. (ﷲ وحي ކުރެއްވިއެވެ.) އޭ موسى އެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ حضرة ގައި رسول ބޭކަލުން ބިރުފުޅުގެންވަޑައި ނުގަންނަވާނެއެވެ.

Verse 11

إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسْنًۢا بَعْدَ سُوٓءٍ فَإِنِّى غَفُورٌ رَّحِيمٌ

Transliteration illā man ẓalama thumma baddala ḥus'nan baʿda sūin fa-innī ghafūrun raḥīmun

Dhivehi އަނިޔާވެރިވެއްޖެމީހަކު މެނުވީއެވެ. (އެބަހީ: އަނިޔާވެރިންނަށް ބިރުވެރިކަންވެއެވެ. ދެންވެސް އެމީހަކު އެކުރި ނުބައިކަމަށްފަހު އެކަން ހެޔޮކަމަށް ބަދަލުކޮށްފިއްޔާ (އެބަހީ: توبة ވެގެން ހެޔޮ عمل ކޮށްފިއްޔާ) ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (މީގެ މުރާދަކީ އެމީހަކަށް ފާފަފުއްސަވާ رحمة ލައްވާހުށީމެވެ.)

Verse 12

وَأَدْخِلْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ ۖ فِى تِسْعِ ءَايَـٰتٍ إِلَىٰ فِرْعَوْنَ وَقَوْمِهِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ

Transliteration wa-adkhil yadaka fī jaybika takhruj bayḍāa min ghayri sūin fī tis'ʿi āyātin ilā fir'ʿawna waqawmihi innahum kānū qawman fāsiqīna

Dhivehi އަދި ކަލޭގެފާނުންގެ އަތްޕުޅު ކަލޭގެފާނުންގެ ޖީބަށް (ކަރުވަޅުތެރެއަށް) ވައްދަވާށެވެ. ދެން އެއަތްޕުޅު ނެރުއްވާއިރު އެއަތްޕުޅު ނިކުންނާނީ ހުދުކޮންނެވެ. އަލިކޮންނެވެ. އެއީ އެއްވެސް ބައްޔެއް އަދި އެއްވެސް ނުބައެއްގެ ސަބަބަކުން ނޫނެވެ. އެއީ فرعون އާއި އަދި އޭނާގެ قوم އަށް (رسول ކަމާއިގެން ކަލޭގެފާނު ފޮނުއްވޭއިރު) ދެއްވޭ ނުވަ مُعْجِزَة ގެތެރެއިންވާ އެއްކަމެވެ. ހަމަކަށަވަރުން އެމީހުންވީ (فرعون އާއި އަދި އޭނާގެ قومގެމީހުންވީ) فَاسِقُ ބަޔަކު ކަމުގައެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބަޔަކުކަމުގައެވެ.)

Verse 13

فَلَمَّا جَآءَتْهُمْ ءَايَـٰتُنَا مُبْصِرَةً قَالُوا۟ هَـٰذَا سِحْرٌ مُّبِينٌ

Transliteration falammā jāathum āyātunā mub'ṣiratan qālū hādhā siḥ'run mubīnun

Dhivehi ދެން އެމީހުންގެގާތަށް ތިމަންރަސްކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ އަދި موسى عليه السّلام ގެ رسول ކަން ތެދުކަމުގެ މައްޗަށް دليل ކުރާ) دليل ތަކާއި حُجَّة ތައް (معجزة ތައް،) ފައުޅުވެ بَيان ވެގެން އައިހިނދުން އެމީހުން ބުނީ އެއީ ބަޔާންވެގެންވާ سِحر އެއްކަމަށެވެ.

Verse 14

وَجَحَدُوا۟ بِهَا وَٱسْتَيْقَنَتْهَآ أَنفُسُهُمْ ظُلْمًا وَعُلُوًّا ۚ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ

Transliteration wajaḥadū bihā wa-is'tayqanathā anfusuhum ẓul'man waʿuluwwan fa-unẓur kayfa kāna ʿāqibatu l-muf'sidīna

Dhivehi އަދި އެއީ ހަމަ (ﷲ ގެ حضرة ންވާ حقّ ކަން) އެމީހުންނަށް يقين ވިއެވެ. އެކަމަކު އެމީހުންގެ އަނިޔާވެރިކަމާއި ބޮޑާކަމުގެ ސަބަބުން އެމީހުން އެތަކެތި ދޮގުކޮށް إنكار ކޮށްހެދީއެވެ. ދެކޮޅުހެދީއެވެ. އަދި ފަސާދަކުރާމީހުންގެ ނިމުމާއި ފަހުކޮޅުވެގެންދިޔައީ ކޮންފަދައަކުން ހެއްޔެވެ؟ އެއީ ހަލާކާއި ގެއްލުމެވެ.

Verse 15

وَلَقَدْ ءَاتَيْنَا دَاوُۥدَ وَسُلَيْمَـٰنَ عِلْمًا ۖ وَقَالَا ٱلْحَمْدُ لِلَّهِ ٱلَّذِى فَضَّلَنَا عَلَىٰ كَثِيرٍ مِّنْ عِبَادِهِ ٱلْمُؤْمِنِينَ

Transliteration walaqad ātaynā dāwūda wasulaymāna ʿil'man waqālā l-ḥamdu lillahi alladhī faḍḍalanā ʿalā kathīrin min ʿibādihi l-mu'minīna

Dhivehi އަދި ހަމަކަށަވަރުން سلام ލެއްވި داود ގެފާނަށާއި سلام ލެއްވި سليمان ގެފާނަށް ތިމަންރަސްކަލާނގެ علم ދެއްވީމެވެ. (އެއީ ދޫނިސޫފާސޫތްޕާއި وحشى ޖަނަވާރާ ޖިންނި شيطان ގެ ބަސްމޮށުންތެރިކަން ދެނެވަޑައިގަތުމާއި އަދިވެސް އެތައްކަމެއްގެ علم އެކެވެ.) އަދި އެދެބޭކަލުން ވިދާޅުވިއެވެ. އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެ مؤمن އަޅުތަކުންކުރެ އެތައްބައެއްގެ މައްޗަށް ތިމަންބޭކަލުން މާތްކުރެއްވި ކަލާނގެއެވެ.

Verse 16

وَوَرِثَ سُلَيْمَـٰنُ دَاوُۥدَ ۖ وَقَالَ يَـٰٓأَيُّهَا ٱلنَّاسُ عُلِّمْنَا مَنطِقَ ٱلطَّيْرِ وَأُوتِينَا مِن كُلِّ شَىْءٍ ۖ إِنَّ هَـٰذَا لَهُوَ ٱلْفَضْلُ ٱلْمُبِينُ

Transliteration wawaritha sulaymānu dāwūda waqāla yāayyuhā l-nāsu ʿullim'nā manṭiqa l-ṭayri waūtīnā min kulli shayin inna hādhā lahuwa l-faḍlu l-mubīnu

Dhivehi އަދި سليمان ގެފާނު داود ގެފާނުންގެ ވާރުތަކުރެއްވިއެވެ. އަދި سليمان ގެފާނު ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ. ތިމަންބޭކަލުންނަށް ދޫނިސޫފާސޫފީގެ ބަސްމޮށުންތެރިކަން އުގަންނަވައި ދެވިއްޖެއެވެ. (އަދި ހެޔޮކަންތަކުގެ ތެރެއިން) ހުރިހާކަމެއް ތިމަންބޭކަލުންނަށް ދެއްވިއްޖެއެވެ. ﷲ ދެއްވައިފިއެވެ. ހަމަކަށަވަރުން މިދެއްވުންތަކަކީ ބޮޑުވެގެންވާ فضل ވަންތަކަމެއްކަން يقين އެވެ. (އެކަންކަމުގެތެރޭގައި نبي ކަމާއި رسول ކަމާއި ވެރިކަން ވެއެވެ.)

Verse 17

وَحُشِرَ لِسُلَيْمَـٰنَ جُنُودُهُۥ مِنَ ٱلْجِنِّ وَٱلْإِنسِ وَٱلطَّيْرِ فَهُمْ يُوزَعُونَ

Transliteration waḥushira lisulaymāna junūduhu mina l-jini wal-insi wal-ṭayri fahum yūzaʿūna

Dhivehi އަދި جِنّ އިންނާއި އިންސާނުންނާއި އަދި ދޫނިސޫފާސޫފީން އެކުލެވިފައިވާ سليمان عليه السّلام ގެ لشكر އެއްކުރެވުނެވެ. އެކަލޭގެފާނު އެ لشكر އެއްކުރައްވައި جمع ކުރެއްވިއެވެ. އަދި އެ لشكر ގެ އެންމެ ކުރީގައިވާ ބަޔާއި އެންމެ ފަހުގައިވާ ބައިވަނީ ގުޅިލާމެހިފައެވެ.

Verse 18

حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌ يَـٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَـٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَـٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ

Transliteration ḥattā idhā ataw ʿalā wādi l-namli qālat namlatun yāayyuhā l-namlu ud'khulū masākinakum lā yaḥṭimannakum sulaymānu wajunūduhu wahum lā yashʿurūna

Dhivehi (ދެންފަހެ سليمان عليه السّلام އެބޮޑު لشكر އާއިގެން ދަތުރުކުރެއްވިއެވެ.) އަދި وَادِىْ النَّمْل (ހިނީގެވާދީ) އެވެ ކިޔޭ ހިސާބަށް ވަޑައިގެންނެވުމުން އެތަނުން ހިންޏެއް (އެހެން ހިނިތަކަށް) ބުންޏެވެ. ކަލޭމެން ކަލޭމެން އުޅޭ ތަންތަނަށް ވަންނާށެވެ. އަދި سليمان ގެފާނާއި އެކަލޭގެފާނުންގެ لشكر އެބޭކަލުންނަށް إحساس ވެސްނުވެތިބެ އެބޭކަލުންގެ (ފައިތަކުން) ކަލޭމެން ފިތި ޗިސްވިޔަނުދޭށެވެ.

Verse 19

فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّـٰلِحِينَ

Transliteration fatabassama ḍāḥikan min qawlihā waqāla rabbi awziʿ'nī an ashkura niʿ'mataka allatī anʿamta ʿalayya waʿalā wālidayya wa-an aʿmala ṣāliḥan tarḍāhu wa-adkhil'nī biraḥmatika fī ʿibādika l-ṣāliḥīna

Dhivehi ފަހެ އެކަލޭގެފާނު يعني: سليمان އެހިނި އެބުނިއެއްޗެއް އައްސަވާފައި ހިނިވަރުނަ ކުރައްވައި ހިނިފުޅު ވަޑުވައިފިއެވެ. އަދި ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. އިބަރަސްކަލާނގެ މިއަޅާއަށާއި އަދި މިއަޅާގެ ބަފައިކަލުންގެމައްޗަށް ލެއްވި رحمة އާއި نعمة އަށް شكر ކުރާނެގޮތް މިއަޅާއަށް إلْهَام ކޮށްދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ ރުހިވޮޑިގަންނަވާފަދަ صالح عمل ކުރެވޭނެގޮތްވެސް މިއަޅާއަށް إلْهَام ކޮށްދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ صالح އަޅުންގެތެރެއަށް މިއަޅާ ލައްވާނދޭވެ!

Verse 20

وَتَفَقَّدَ ٱلطَّيْرَ فَقَالَ مَا لِىَ لَآ أَرَى ٱلْهُدْهُدَ أَمْ كَانَ مِنَ ٱلْغَآئِبِينَ

Transliteration watafaqqada l-ṭayra faqāla mā liya lā arā l-hud'huda am kāna mina l-ghāibīna

Dhivehi އަދި سليمان عليه السّلام އެކަލޭގެފާނުންގެ لشكر ގެ ހުރިހާ ދޫނިހޯއްދަވާ ޗެކްކުރެއްވިއެވެ. އަދި ދެން ވިދާޅުވިއެވެ. هُدْ هُدْ ދޫނި (ހުޅިގަނޑުދޫނި) އަހުރެންނަށް ނުފެންނާންވީ ކީއްވެގެންހެއްޔެވެ؟ އެދޫނި غائب ވީ މީހުންގެތެރޭގައިވީބާވައެވެ؟

Verse 21

لَأُعَذِّبَنَّهُۥ عَذَابًا شَدِيدًا أَوْ لَأَا۟ذْبَحَنَّهُۥٓ أَوْ لَيَأْتِيَنِّى بِسُلْطَـٰنٍ مُّبِينٍ

Transliteration la-uʿadhibannahu ʿadhāban shadīdan aw laādh'baḥannahu aw layatiyannī bisul'ṭānin mubīnin

Dhivehi އެދޫނި بَيَان ވެ ފައުޅުވެގެންވާ عُذر އަކާއިގެން ނުވަތަ حجّة އަކާއިގެން އަހުރެންގާތަށް ނައީވިއްޔާ ހަމަކަށަވަރުން އަހުރެން އެދޫންޏަށް ގަދަވެގެންވާ عذاب ދައްކާހުށީމެވެ. ނުވަތަ ހަމަކަށަވަރުން އަހުރެން އޭތި ކަތިލާހުށީމެވެ! • ދޫންޏަށްދެއްވާ އަދަބަކީ عقوبة އަކީ ފަތްތައް ލުއްސާފައި އަވީގައި ބޭއްވުންކަމުގައިވެއެވެ. سليمان عليه السّلام އެދޫނި ހޯއްދަވަން ޖެހުނު ސަބަބަކާއިމެދު تفسير علم ވެރިންގެ މެދުގައިވާ އެންމެ ހަރުބަހަކީ އެކަލޭގެފާނުންގެ އެބޮޑު لشكر ން ފެންހުސްވެގެން ފެންވީ ހިސާބެއް ބެއްލެވުމަށްޓަކައި هُدْ هُدْ ހޯއްދެވީއެވެ. އެސޮރަކީ މާކުރިން އުދުހިގޮސް ފެންހުރި ހިސާބެއް ހޯއްދަވައި އެކަމުގެ معلومات ދޭ އެއްޗެއްކަމުގައިވިއެވެ. والله أعلم.

Verse 22

فَمَكَثَ غَيْرَ بَعِيدٍ فَقَالَ أَحَطتُ بِمَا لَمْ تُحِطْ بِهِۦ وَجِئْتُكَ مِن سَبَإٍۭ بِنَبَإٍ يَقِينٍ

Transliteration famakatha ghayra baʿīdin faqāla aḥaṭtu bimā lam tuḥiṭ bihi waji'tuka min saba-in binaba-in yaqīnin

Dhivehi ދެން سليمان عليه السّلام އެދޫނީގެ ވާހަކަދެއްކެވުމަށްފަހު ކުޑައިރުކޮޅަކު ލަސްވެއިންނެވިއެވެ. ނުވަތަ ދޫނި ނައިސް ކުޑައިރުކޮޅަކު ލަސްވިއެވެ. މިދެގޮތަށްވެސް ترجمة ވެއެވެ. ދެން އެދޫނި އައިސް ދެންނެވީ (އޭ سليمان ގެފާނެވެ.) ކަލޭގެފާނަށް އެނގިވަޑައިގެންފައިނުވާ معلومات އެއް އަހުރެންނަށް އެނގިއްޖެއެވެ. އަހުރެން ކަލޭގެފާނުންގެ އަރިހަށް މިއައީ يَمَن ކަރައިގެ سَبَأ އިންނެވެ. އެތަނުން އެނގިކަށަވަރުވެގެންވާ يقين خبر އަކާއިގެންނެވެ.

Verse 23

إِنِّى وَجَدتُّ ٱمْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَىْءٍ وَلَهَا عَرْشٌ عَظِيمٌ

Transliteration innī wajadttu im'ra-atan tamlikuhum waūtiyat min kulli shayin walahā ʿarshun ʿaẓīmun

Dhivehi ހަމަކަށަވަރުން އަހުރެން ދުށީ އެމީހުންގެ ވެރިއެއްކަމުގައި އަންހެނެކެވެ. (އަދި އެއީ އެމީހުންގެ مَلِكَة އެވެ. އަދި ރަސްރަސްކަލުންނަށް ރަސްކަން ހިންގެވުމަށް ބޭނުންވާ) ހުރިހާ ބާވަތުގެ ސާމާނެއް ހުރިހާ وَسِيْلة އެއް އެކަމަނާއަށް ލިބިގެންވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ عَرش އެއްވެއެވެ. تَخْت އެއްވެއެވެ.

Verse 24

وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ فَهُمْ لَا يَهْتَدُونَ

Transliteration wajadttuhā waqawmahā yasjudūna lilshamsi min dūni l-lahi wazayyana lahumu l-shayṭānu aʿmālahum faṣaddahum ʿani l-sabīli fahum lā yahtadūna

Dhivehi އަދި އަހުރެންދުށީ އެކަމަނާޔާ އެކަމަނާގެ قوم ގެމީހުން ﷲ ފިޔަވައި އިރަށް سَجِدَة ކުރާތީއެވެ. (އިރަށް އަޅުކަންކުރާތީއެވެ.) އަދި ސައިތާނު އެމީހުންނަށް އެމީހުންގެ އެ عمل ޒީނަތްތެރިކޮށްދީފައި ވެއެވެ. ފަހެ އެސޮރު އެމީހުން ތެދުމަގުން ހުރަސްކޮށް ދުރުކޮށްފައިވެއެވެ. އެހެންވެ އެމީހުންނަށް ތެދުމަގު ނުލިބެއެވެ.

Verse 25

أَلَّا يَسْجُدُوا۟ لِلَّهِ ٱلَّذِى يُخْرِجُ ٱلْخَبْءَ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ

Transliteration allā yasjudū lillahi alladhī yukh'riju l-khaba-a fī l-samāwāti wal-arḍi wayaʿlamu mā tukh'fūna wamā tuʿ'linūna

Dhivehi (އެސައިތާނު އެގޮތަށް އެކަން އެކުރަނީ) އެމީހުން ﷲ އަށް سَجِدَة ނުކުރުމަށްޓަކައެވެ. (އެކަލާނގެއަށް އަޅުކަން ނުކުރުމަށްޓަކައެވެ.) އެކަލާނގެއީ އުޑުތަކާއި ބިމުގައި ފޮރުވި ވަންހަނާވެގެންވާތަކެތި ނެރުއްވާ ކަލާނގެއެވެ. އަދި ތިޔަބައިމީހުން ވަންހަނާކުރާ ތަކެއްޗާއި އަދި ފައުޅުކުރާތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. • ދަންނައެވެ. އުޑުތަކުގައި ފޮރުވި ނިވައިވެފައިވާ ތަކެއްޗަކީ ވާރޭފެނެވެ. އަދި ބިމުގައި ފޮރުވި ވަންހަނާވެގެންވާތަކެއްޗަކީ ގަސްގަހާގެއްސެވެ. والله أعلم.

Verse 26

ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ ۩

Transliteration al-lahu lā ilāha illā huwa rabbu l-ʿarshi l-ʿaẓīmi

Dhivehi ﷲ އެއީ އެކަލާނގެ ފިޔަވައި (އަޅުކަންވެވުން حقّ) އެހެން އެއްވެސް إله އަކު ނުވާ ކަލާނގެއެވެ. އެއީ ބޮޑުވެގެންވާ عرش ގެވެރި ކަލާނގެއެވެ.

Verse 27

۞ قَالَ سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ ٱلْكَـٰذِبِينَ

Transliteration qāla sananẓuru aṣadaqta am kunta mina l-kādhibīna

Dhivehi سليمان عليه السّلام ވިދާޅުވިއެވެ. (އޭ هُدْ هُدْ އެވެ.) ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ކަލެއަކީ ދޮގުވެރިންގެތެރެއިންވާ މީހަކުތޯ ނިކަންހުރެ އަހުރެން ބަލާނަމެވެ.

Verse 28

ٱذْهَب بِّكِتَـٰبِى هَـٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَٱنظُرْ مَاذَا يَرْجِعُونَ

Transliteration idh'hab bikitābī hādhā fa-alqih ilayhim thumma tawalla ʿanhum fa-unẓur mādhā yarjiʿūna

Dhivehi އަހުރެންގެ މިސިޓީ ހިފައިގެން ކަލޭ ދާށެވެ. އަދިގޮސް އެމީހުންގެތެރެއަށް އެސިޓީ ވައްޓައިލާށެވެ! ދެން އެމީހުންނާ ދުރަށްޖެހިލައި އިންނާށެވެ! އަދި އެކަމާމެދު (އެސިޓީގެ ކަންތަކާއިމެދު އެމީހުންގެ މެދުގައި ވާހަކަދެކެވި مشورة ކުރެވެނީ ކޮންފަދައަކުންތޯ ކަލޭ ނިކަން ބަލާށެވެ!)\n• ދަންނައެވެ. ދެން އެސޮރުގޮސް سُلَيْمَان ގެފާނު ވިދާޅުވިގޮތަށް ކަންތައްކުރިއެވެ. ދެން އެކަމަނާއާއި އެކަމަނާގެ قوم ގެ ބޮޑުންގެ މެދުގައި އެސިޓީއާއިމެދު ކުރެވުނު مشورة އާއި ދެކެވުނު ބައެއް ވާހަކަ ފަހުން މިލިޔާ އާޔަތް ތަކުގައި އެވަނީއެވެ.

Verse 29

قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ إِنِّىٓ أُلْقِىَ إِلَىَّ كِتَـٰبٌ كَرِيمٌ

Transliteration qālat yāayyuhā l-mala-u innī ul'qiya ilayya kitābun karīmun

Dhivehi އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ މާތްބޮޑުންނޭވެ. ހަމަކަށަވަރުން އަހުރެންނަށް މާތްވެގެންވާ ސިޓީއެއް އެއްލެވިއްޖެއެވެ. ލިބިއްޖެއެވެ.

Verse 30

إِنَّهُۥ مِن سُلَيْمَـٰنَ وَإِنَّهُۥ بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ

Transliteration innahu min sulaymāna wa-innahu bis'mi l-lahi l-raḥmāni l-raḥīmi

Dhivehi ހަމަކަށަވަރުން އެސިޓީ އައިސްފައިވަނީ سُليمان ގެ އަރިހުންނެވެ. އަދި އޭގައިވަނީ - " بسم ﷲ الرّحمن الرّحيم " (މީގެފަހުގައި ދެންވަނީ)

Verse 31

أَلَّا تَعْلُوا۟ عَلَىَّ وَأْتُونِى مُسْلِمِينَ

Transliteration allā taʿlū ʿalayya watūnī mus'limīna

Dhivehi ތިޔަބައިމީހުން ތިމަންކަލޭގެފާނުންގެމައްޗަށް ބޮޑާވެނުގަންނާށެވެ. އަދި إيمان ވެ ކިޔަމަންތެރިވެގެންވާ حال ތިމަންކަލޭގެފާނު އަރިހަށް އަންނާށެވެ." މިއެވެ. • ދަންނައެވެ. މިއަންހެނަކީ يمن ކަރައިގެ سَبَأ ގެ مَلِكَة އެވެ. އެމީހުންގެ ވެރިޔާއެވެ. އެކަމަނާގެ ނަމަކީ بَلْقِيس އެވެ. އެކަމަނާގެ ބައްޕައަކީ شُراحيل ކިޔާ މީހެއްކަމުގައިވެއެވެ. އެއީ مشهور بَلْقِيس ރަނިންނެވެ.

Verse 32

قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَفْتُونِى فِىٓ أَمْرِى مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ

Transliteration qālat yāayyuhā l-mala-u aftūnī fī amrī mā kuntu qāṭiʿatan amran ḥattā tashhadūni

Dhivehi އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ ބޮޑެތި މާތްމީހުންނޭވެ. އަހުރެންގެ މިސިޓީގެ ކަންތަކުގައި ކަލޭމެން مَشورة ކޮށް فتوى ދީބަލާށެވެ. ކަލޭމެންގެ حاضر ގައި مشورة ކޮށްފައި މެނުވީ އެއްވެސްކަމެއް އަހުރެން ނުނިންމަމެވެ. (މިކަމުގައިވެސް ކަލޭމެން ލަފާދީބަލާށެވެ.)

Verse 33

قَالُوا۟ نَحْنُ أُو۟لُوا۟ قُوَّةٍ وَأُو۟لُوا۟ بَأْسٍ شَدِيدٍ وَٱلْأَمْرُ إِلَيْكِ فَٱنظُرِى مَاذَا تَأْمُرِينَ

Transliteration qālū naḥnu ulū quwwatin wa-ulū basin shadīdin wal-amru ilayki fa-unẓurī mādhā tamurīna

Dhivehi އެމީހުން ދެންނެވިއެވެ. އަހުރެމެންނަކީ ބާރުހުރި އަދި ހަނގުރާމައިގައި ގަދަފަދަ ކެރޭ ބަޔަކީމެވެ. އެކަމަކު ކަމުގެ މުގޫ ތިޔަވަނީ ކަމަނާގެ އަތްޕުޅުގައެވެ. ހައްދަވަން ފެނިވަޑައިގަންނަވާގޮތެއް ބައްލަވާށެވެ! • ދަންނައެވެ. އެމީހުންގެ ބަހުން ސާބިތުވަނީ އެކަމަނާ ވިދާޅުވެއްޖެނަމަ ހަނގުރާމައަށް ދާން ތައްޔާރާ ތިބިކަމެވެ. އަދި އެގޮތް ބޮޑަށް އެދޭކަމެވެ. والله أعلم.

Verse 34

قَالَتْ إِنَّ ٱلْمُلُوكَ إِذَا دَخَلُوا۟ قَرْيَةً أَفْسَدُوهَا وَجَعَلُوٓا۟ أَعِزَّةَ أَهْلِهَآ أَذِلَّةً ۖ وَكَذَٰلِكَ يَفْعَلُونَ

Transliteration qālat inna l-mulūka idhā dakhalū qaryatan afsadūhā wajaʿalū aʿizzata ahlihā adhillatan wakadhālika yafʿalūna

Dhivehi އެކަމަނާ ވިދާޅުވިއެވެ. عَامّ ރަސްރަސްކަލުންގެގޮތަކީ އެމީހުން ގަދަކަމުން ރަށަކަށް އަރައި ގަދަވެގެންފިއްޔާ އެރަށެއް ހަލާކުކޮށްލައި ފާސިދުކޮށްލުމެވެ. އަދި އެރަށެއްގައި ތިބޭ ރަނގަޅު މާތްމީހުން (عزّة ތެރިން) ދެރަނިކަމެތިންކަމުގައި ހަދައިލުމެވެ. އެމީހުން ކަންތައްކުރާނީ އެފަދައިންނެވެ.

Verse 35

وَإِنِّى مُرْسِلَةٌ إِلَيْهِم بِهَدِيَّةٍ فَنَاظِرَةٌۢ بِمَ يَرْجِعُ ٱلْمُرْسَلُونَ

Transliteration wa-innī mur'silatun ilayhim bihadiyyatin fanāẓiratun bima yarjiʿu l-mur'salūna

Dhivehi (އަދި އެކަމަނާ ވިދާޅުވިއެވެ.) އަހުރެން އެކަލޭގެފާނަށް ހަދިޔާއެއް ފޮނުވާނީއެވެ. ދެން ހަދިޔާ ފޮނުވީމާ ހަދިޔާ ހިފައިގެން ދިޔަމީހާ އެނބުރި رجوع ވަނީ ކިހިނެއްތޯ؟ ކޮންކަހަލަ خبر އަކާއިގެންތޯ ބަލަން ތިބޭނީއެވެ. (މި هدية އެކަލޭގެފާނު قبول ކުރައްވައިފިނަމަ އެއީ ހަމަ އާދައިގެ ރަސްކަލެކެވެ. އަދި ކަލޭމެން ހަނގުރާމައަށް ދާންވީއެވެ. هدية قبول ނުކުރައްވައިފިނަމަ އެއީ ރަސްކަލެއް ނޫނެވެ. އެއީ نَبي ބޭކަލެކެވެ. އޭރުން ދެން ޖެހޭނީ ކިޔަމަންތެރިވެގެން تَبَع ވާށެވެ.)

Verse 36

فَلَمَّا جَآءَ سُلَيْمَـٰنَ قَالَ أَتُمِدُّونَنِ بِمَالٍ فَمَآ ءَاتَىٰنِۦَ ٱللَّهُ خَيْرٌ مِّمَّآ ءَاتَىٰكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ

Transliteration falammā jāa sulaymāna qāla atumiddūnani bimālin famā ātāniya l-lahu khayrun mimmā ātākum bal antum bihadiyyatikum tafraḥūna

Dhivehi ދެންފަހެ (ހަދިޔާހިފައިގެން ދިޔަމީހާ) سيلمان ގެފާނާ ހަމައަށް އައުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އަހުރެންނަށް މުދަލުގެ ގޮތުން މަދަދުކުރަނީހެއްޔެވެ؟ ފަހެ ﷲ އަހުރެންނަށް ދެއްވާފައިވާ ތަކެތި ކަލޭމެނަށް އެކަލާނގެ ދެއްވިތަކެއްޗަށްވުރެ މާހެޔޮވެގެންވެއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ކަލޭމެންގެ هَدِيَة އާއިގެން އުފާކުރަނީއެވެ.

Verse 37

ٱرْجِعْ إِلَيْهِمْ فَلَنَأْتِيَنَّهُم بِجُنُودٍ لَّا قِبَلَ لَهُم بِهَا وَلَنُخْرِجَنَّهُم مِّنْهَآ أَذِلَّةً وَهُمْ صَـٰغِرُونَ

Transliteration ir'jiʿ ilayhim falanatiyannahum bijunūdin lā qibala lahum bihā walanukh'rijannahum min'hā adhillatan wahum ṣāghirūna

Dhivehi (ތިޔަ ހަދިޔާހިފައިގެން) އެމީހުންގާތަށް އެނބުރިދާށެވެ! ފަހެ ހަމަކަށަވަރުން އެމީހުންނަށް އެއްގޮތަކަށްވެސް ހިފަހައްޓައިނުލެވޭފަދަ لشكر އަކާއިގެން އެމީހުން ކައިރިޔަށް އަހުރެންދާ ހުށީމެވެ. އަދި އެމީހުން ދެރަވެ ނިކަމެތިވެގެންވާ حال ހަމަކަށަވަރުން އެރަށުން އަހުރެން އެމީހުން ނެރެލާހުށީމެވެ.

Verse 38

قَالَ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَيُّكُمْ يَأْتِينِى بِعَرْشِهَا قَبْلَ أَن يَأْتُونِى مُسْلِمِينَ

Transliteration qāla yāayyuhā l-mala-u ayyukum yatīnī biʿarshihā qabla an yatūnī mus'limīna

Dhivehi سليمان ގެފާނު އެކަލޭގެފާނުންގެ لشكر ގެ ބޮޑެތި މާތްމީހުންނަށް ވިދާޅުވިއެވެ. އެމީހުން يعني: بَلقيس އާއި އެކަމަނާގެ އަރިހުގައިވާ މީހުން إسلام ވެ ކިޔަމަންތެރިވެގެން އަހުރެންގެގާތަށް އައުމުގެ ކުރީގައި އެކަމަނާގެ عرش އަހުރެންނާއި ހަމައަށް ގެނަސްދޭނީ ކަލޭމެންގެ ތެރެއިން ކާކުހެއްޔެވެ؟

Verse 39

قَالَ عِفْرِيتٌ مِّنَ ٱلْجِنِّ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّى عَلَيْهِ لَقَوِىٌّ أَمِينٌ

Transliteration qāla ʿif'rītun mina l-jini anā ātīka bihi qabla an taqūma min maqāmika wa-innī ʿalayhi laqawiyyun amīnun

Dhivehi ޖިންނީންގެތެރެއިން އިފުރީތަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔައިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން (އެބަހި: މި مجلس ނިމިގެން ތެދުވެވަޑައިގަތުމުގެކުރިން) ކަލޭގެފާނުންގެ އަރިހަށް އަހުރެން އޭތި ގެނަސްދީފާނަމެވެ. އަދި އަހުރެންނަކީ އޭގެމައްޗަށް އަމާނާތްތެރި އަދި ބާރުހުރި މީހަކީމެވެ.

Verse 40

قَالَ ٱلَّذِى عِندَهُۥ عِلْمٌ مِّنَ ٱلْكِتَـٰبِ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَءَاهُ مُسْتَقِرًّا عِندَهُۥ قَالَ هَـٰذَا مِن فَضْلِ رَبِّى لِيَبْلُوَنِىٓ ءَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ رَبِّى غَنِىٌّ كَرِيمٌ

Transliteration qāla alladhī ʿindahu ʿil'mun mina l-kitābi anā ātīka bihi qabla an yartadda ilayka ṭarfuka falammā raāhu mus'taqirran ʿindahu qāla hādhā min faḍli rabbī liyabluwanī a-ashkuru am akfuru waman shakara fa-innamā yashkuru linafsihi waman kafara fa-inna rabbī ghaniyyun karīmun

Dhivehi އަދި އެމީހެއްގެ ކިބައިގައި ފޮތުގެ علم ން ބައެއްވާމީހާ ދެންނެވިއެވެ. ކަލޭގެފާނު ލޯފުޅު ހުޅުއްވާފައި ލެއްޕެވުމުގެ ކުރިން - ނުވަތަ ލޮލުކޮޅަށް ފެންނަންހުރި މީހާ އައުމުގެކުރިން - ކަލޭގެފާނުން އަރިހަށް އަހުރެން އެޔާއިގެން އައިސްދާނަމެވެ. (ދެންފަހެ އެކަލޭގެފާނަށް އެކަމުގެ ހުއްދަދެއްވުމުން އެމީހަކު ﷲ އަށް دعاء ކޮށްފާގޮސް އޭތި ގެނަސް އެކަލޭގެފާނުންގެ يعني: سليمان ގެފާނުންގެ ކުރިފުޅުމަތީގައި ބަހައްޓައިފިއެވެ.) ދެން سليمان ގެފާނު އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެ عرش ސާބިތުވެ قائم ވެގެންވަނިކޮށް ދެކެވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ އަހުރެން ހައްދަވާބޮޑުކުރެއްވި ربّ ގެ فضل ވަންތަކަމެވެ. އެކަލާނގެ އަހުރެންނަށް މިފަދަ ބޮޑު فضل ވަންތަކަމެއް އެދެއްވަނީ އެކަލާނގެ ދެއްވާ ގިނަގުނަ نعمة އަށް އަހުރެން شكر ކުރޭތޯ ނުވަތަ އެ نعمة އަށް އަހުރެން ކާފަރުވޭތޯ ބައްލަވައި إمتحان ކުރެއްވުމަށްޓަކައެވެ. އަދި شكر ކުރާމީހާ އެ شكر ކުރަނީ ހަމަ އޭނާގެ އަމިއްލަ نفس އަށެވެ. އެބަހީ: އެކަމުގެ ހެވާއި ދަރުމަ ހުރީ ހަމަ އެމީހަކަށެވެ. އަދި އެ نعمة ތަކަށް ކާފަރުވާމީހާ ދަންނައެވެ. އެކަމުގެ ގެއްލުމާއި ހަލާކު ހުންނަހުރީވެސް ހަމަ އެމީހަކަށެވެ. އެހެނީ ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އެއީ އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ އަދި ނުހަނު ދީލަތިވަންތަ ކަލާނގެއެވެ.

Verse 41

قَالَ نَكِّرُوا۟ لَهَا عَرْشَهَا نَنظُرْ أَتَهْتَدِىٓ أَمْ تَكُونُ مِنَ ٱلَّذِينَ لَا يَهْتَدُونَ

Transliteration qāla nakkirū lahā ʿarshahā nanẓur atahtadī am takūnu mina alladhīna lā yahtadūna

Dhivehi އެކަލޭގެފާނު يعني: سليمان ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެކަމަނާގެ عرش (تَخْتُ) އެކަމަނާއަށް ބަދަލުކޮށްލާ تَغَيَّر ކޮށްލައި ހަދާށެވެ. (އެއީ އެކަމަނާ އައިސް އެ عرش ދެކެފައި) އެއީ އެކަމަނާގެ عرش ކަން އެނގޭފަދަ ބުއްދިހުރި ހަރުދަނާމީހެއްތޯ ނުވަތަ އެކަމަނާ ވަނީ ތަންދޮރުނޭނގޭ ނުވިސްނޭ މީހުންގެތެރެއިންތޯ އަހުރެމެން ދެކޭނީއެވެ.

Verse 42

فَلَمَّا جَآءَتْ قِيلَ أَهَـٰكَذَا عَرْشُكِ ۖ قَالَتْ كَأَنَّهُۥ هُوَ ۚ وَأُوتِينَا ٱلْعِلْمَ مِن قَبْلِهَا وَكُنَّا مُسْلِمِينَ

Transliteration falammā jāat qīla ahākadhā ʿarshuki qālat ka-annahu huwa waūtīnā l-ʿil'ma min qablihā wakunnā mus'limīna

Dhivehi ދެންފަހެ އެކަމަނާ (سليمان ގެފާނުންގެ އަރިހަށް) ވަޑައިގެންނެވިހިނދުން (އެކަމަނާގެ عرش އެކަމަނާއަށް ދައްކަވާފައި) އެކަމަނާއަށް ދެންނެވުނެވެ. ކަމަނާގެ عرش ވަނީ މިގޮތަށްހެއްޔެވެ؟ މިޔާއެއްފަދަހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. ތިޔައެތި ހަމަ އޭތިކަހަލައެވެ. އަދި އެކަލޭގެފާނުންގެ نبي ކަން صحّ ކަމާއި ތެދުކަމުގެ دليل މީގެކުރީގައިވެސްވަނީ ލިބިފައެވެ. އަދި އަހުރެމެން މިވަނީ ބޯލަނބައި ކިޔަމަންތެރިވެގެންނެވެ. إسلام ވެގެންނެވެ. (މިބަސްފުޅުގެ ترجمة އަދި އެހެންގޮތްގޮތަށްވެސްވެއެވެ.)

Verse 43

وَصَدَّهَا مَا كَانَت تَّعْبُدُ مِن دُونِ ٱللَّهِ ۖ إِنَّهَا كَانَتْ مِن قَوْمٍ كَـٰفِرِينَ

Transliteration waṣaddahā mā kānat taʿbudu min dūni l-lahi innahā kānat min qawmin kāfirīna

Dhivehi حقّ މަގަށް ތެދުމަގުލިބި ހެޔޮމަގަށް رجوع ވުމުން އެކަމަނާ މަނާކޮށްހުއްޓުވާފައިވަނީ ﷲ ފިޔަވައި އެކަމަނާ އަޅުކަންކުރި ތަކެއްޗެވެ. (އެއީ އިރެވެ.) ހަމަކަށަވަރުން އެކަމަނާ (އޭގެކުރީގައިވަނީ) ކާފަރު قوم އެއްގެ ތެރެއިންނެވެ. ކާފަރެއްކަމުގައެވެ.

Verse 44

قِيلَ لَهَا ٱدْخُلِى ٱلصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةً وَكَشَفَتْ عَن سَاقَيْهَا ۚ قَالَ إِنَّهُۥ صَرْحٌ مُّمَرَّدٌ مِّن قَوَارِيرَ ۗ قَالَتْ رَبِّ إِنِّى ظَلَمْتُ نَفْسِى وَأَسْلَمْتُ مَعَ سُلَيْمَـٰنَ لِلَّهِ رَبِّ ٱلْعَـٰلَمِينَ

Transliteration qīla lahā ud'khulī l-ṣarḥa falammā ra-athu ḥasibathu lujjatan wakashafat ʿan sāqayhā qāla innahu ṣarḥun mumarradun min qawārīra qālat rabbi innī ẓalamtu nafsī wa-aslamtu maʿa sulaymāna lillahi rabbi l-ʿālamīna

Dhivehi (ދެންފަހެ އެކަމަނާ سليمان ގެފާނުންގެ އަރިހަށް ވަޑައިގެންނެވިހިނދުން) އެކަމަނާއަށް ދެންނެވުނެވެ. ކަމަނާ ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ. ދެން އެކަމަނާ ގަނޑުވަރަށް ވެދެވަޑައިގަތުމަށް ވަޑައިގެންނެވިހިނދުން އެކަމަނާއަށް އެގަނޑުވަރު ހީފުޅުވީ ކަނޑުކަމުގައެވެ. ފެންކަމުގައެވެ. (އަދި އެތެރެއަށް ވެދެވަޑައިގަތުމަށް ފެނަށް މީހަކު އެރޭގޮތަށް އެކަމަނާ ހެދުންކޮޅު ކޮށިކުރައްވައި ހެއްދެވުމުން އެކަމަނާގެ ދެކަށިމަތިފުޅު ކަޝްފުވިއެވެ. އެހިނދު سليمان ގެފާނު އެކަމަނާއަށް ވިދާޅުވިއެވެ. އެއީ ބިއްލޫރިން ގަދަޔަށް ހަދާފައިވާ ގަނޑުވަރެކެވެ. (ފެނެއް ނޫނެވެ. ކަނޑެއްވެސްނޫނެވެ.) އެކަމަނާ ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާ މިއަޅާގެ نفس އަށް އަނިޔާވެރިވެއްޖައީމެވެ. އަދި މިއަޅާ سليمان ގެފާނާއިއެކު عالم ތަކުގެ ވެރި ربّ ކަމުގައިވާ ﷲ އަށް إيمان ވެއްޖައީމެވެ. ބޯލަނބައި ކިޔަމަންވެއްޖައީމެވެ. • ދަންނައެވެ. ބައެއް تفسير ފޮތްތަކުގައި ލިޔެވިގެންވެއެވެ. سبأ ގެ مَلِكَة ވަޑައިގަތުމުގެ مناسبة ގައި ޖިންނި شيطان ންނާއި މާރިދުންލައްވައި سليمان ގެފާނު ރީތި ގަނޑުވަރެއް ހެއްދެވިއެވެ. އެގަނޑުވަރު ހައްދަވާފައިވަނީ ސާފު ވަރުގަދަ ބިއްލޫރިންނެވެ. ތަޅަމުގައިވެސް އަޑިއެނގޭ ގަދަ ބިއްލޫރިން ހައްދަވައި އޭގެ ދަށުގައިވަނީ ފެން ހިންގަވައި ލައްވާފައި ބަލާ މީހަކު عجائب ވާހާ ރީތިކޮށެވެ. ގަނޑުވަރުގެ خبر ނޭނގޭމީހަކުނަމަ ހީކުރެވޭނީ ގަނޑުވަރަށް ވަންނައިރު ފެންގަނޑަކަށް އެރެވޭހެނެވެ. އެހެންވެ އެކަމަނާވެސް ގަނޑުވަރަށް ވެދެވަޑައިގަތުމަށް އެންގެވީމާ ފެނަށްއެރޭމީހަކު ފަދައިން ހެދުންކޮޅު ކޮށިކުރައްވައިގެން ވެދެވަޑައިގަންނަވަން ގަސްތުކުރެއްވީއެވެ. = والله أعلم =

Verse 45

وَلَقَدْ أَرْسَلْنَآ إِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا أَنِ ٱعْبُدُوا۟ ٱللَّهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ

Transliteration walaqad arsalnā ilā thamūda akhāhum ṣāliḥan ani uʿ'budū l-laha fa-idhā hum farīqāni yakhtaṣimūna

Dhivehi އަދި ހަމަކަށަވަރުން ثَمُود ބާގައިގެމީހުންގެ ގާތަށް رسول ކަމާއިގެން އެމީހުންގެ أخ صالح ގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެއީ صَالح عليه السّلام އެވެ. އެއީ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށޭ އެކަލޭގެފާނު ގޮވައިލެއްވުމަށްޓަކައެވެ. އެކަމަށް އަމުރުކުރެއްވުމަށެވެ. ފަހެ އެހައިރުން - އެބަހީ: އެކަލޭގެފާނު އެފަދައިން ގޮވައިލެއްވުން އެމީހުންވީ އަރައިރުންވާ ތަފާތު ދެ جماعة އަކަށެވެ. (އެއީ صَالح عليه السّلام އަށް تَبَعَ ވި مؤمن ންނާއި އެކަލޭގެފާނާއި އިދިކޮޅުވި ކާފަރުންނެވެ.)

Verse 46

قَالَ يَـٰقَوْمِ لِمَ تَسْتَعْجِلُونَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ ٱللَّهَ لَعَلَّكُمْ تُرْحَمُونَ

Transliteration qāla yāqawmi lima tastaʿjilūna bil-sayi-ati qabla l-ḥasanati lawlā tastaghfirūna l-laha laʿallakum tur'ḥamūna

Dhivehi އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. ހެޔޮކަމާއި رحمة ގެ ކުރީގައި ނުބަޔާއި عذاب އައުމަށް އަވަސްވެގަންނަނީ ކީއްވެގެންހެއްޔެވެ؟ (އެބަހީ: رحمة އާއި ހެޔޮދަރުމަތައް ލިބުމުގެ ސަބަބުކަމުގައިވާ ކިޔަމަންތެރިކަމާއި إيمان ކަން ދޫކޮށް ނުބަޔާއި عذاب ލިބުމުގެ ސަބަބުކަމުގައިވާ ނުކިޔަމަންތެރިކަމާއި ކާފަރުކަމަށް އަވަސްވެގަންނަނީ ކީއްވެގެންހެއްޔެވެ؟ ކަލޭމެން ފަހެ ފާފަފުއްސެވުމަށް ﷲ ގެ حضرة ން އެދޭނޭ ނަމައެވެ. އެއީ ކަލޭމެނަށް رحمة ލައްވައިތޯއެވެ.

Verse 47

قَالُوا۟ ٱطَّيَّرْنَا بِكَ وَبِمَن مَّعَكَ ۚ قَالَ طَـٰٓئِرُكُمْ عِندَ ٱللَّهِ ۖ بَلْ أَنتُمْ قَوْمٌ تُفْتَنُونَ

Transliteration qālū iṭṭayyarnā bika wabiman maʿaka qāla ṭāirukum ʿinda l-lahi bal antum qawmun tuf'tanūna

Dhivehi އެމީހުން ދެންނެވިއެވެ. (އޭ صالح ގެފާނެވެ.) ކަލޭގެފާނާއި ކަލޭގެފާނާއި އެކުގައިވާ މީހުންގެ ސަބަބުން އަހުރެމެންނަށް ސުންޕާކަން ޖެހިއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެ ސުންޕާކަންވަނީ ﷲ ގެ حضرة ންނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ إمتحان ވެވޭ ބައެކެވެ. (ނުވަތަ ކަލޭމެންގެ ފާފަތަކަށް عذاب ދެއްވަނީއެވެ.)

Verse 48

وَكَانَ فِى ٱلْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ

Transliteration wakāna fī l-madīnati tis'ʿatu rahṭin yuf'sidūna fī l-arḍi walā yuṣ'liḥūna

Dhivehi އަދި އެރަށުގައި ނަގާކިޔާ މުއްސަނދި ނުވަމީހުން ވެއެވެ. އެމީހުންނަކީ ބިމުގައި ފަސާދަކުރާ މީހުންނެވެ. (އަދި އެނުވަމީހުންގެކުރެ ކޮންމެ މީހެއްގެ أمر ގެ ދަށުގައި އެތައް ބަޔަކުވެއެވެ.) އެމީހުން އެއްވެސްކަމެއް إصلاح ނުކުރެއެވެ. (އެއީ صالح ގެފާނާއި دشمن މީހުންނެވެ.)

Verse 49

قَالُوا۟ تَقَاسَمُوا۟ بِٱللَّهِ لَنُبَيِّتَنَّهُۥ وَأَهْلَهُۥ ثُمَّ لَنَقُولَنَّ لِوَلِيِّهِۦ مَا شَهِدْنَا مَهْلِكَ أَهْلِهِۦ وَإِنَّا لَصَـٰدِقُونَ

Transliteration qālū taqāsamū bil-lahi lanubayyitannahu wa-ahlahu thumma lanaqūlanna liwaliyyihi mā shahid'nā mahlika ahlihi wa-innā laṣādiqūna

Dhivehi އަދި އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ. އަހުރެމެން صالح ގެފާނާއި އަދި އެކަލޭގެފާނުންގެ أهل ވެރިން ރޭގަނޑުގެ ވަގުތުގައި އެމީހުންގެމައްޗަށް އަރައިގަނެ އެމީހުންގެ ދުވަސްދުއްވައިލުމަށް ހުވާކުރާށެވެ. ﷲ ގަންދީ ހުވާކުރާށެވެ. ދެން އެހެން ހަދައިފައި އެކަލޭގެފާނުންގެ ولى ވެރިޔާއަށް އަހަރެމެން ބުނާނީ އެއްގޮތަކަށްވެސް އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން މަރާ ހަލާކުކުރިތާކު އަހުރެމެން ނެތީމުއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ ތެދުވެރިންނެވެ. އެއްގޮތަކަށްވެސް އެއީ ކާކުކުރިކަމެއްކަމެއް ނޭނގެއެވެ.

Verse 50

وَمَكَرُوا۟ مَكْرًا وَمَكَرْنَا مَكْرًا وَهُمْ لَا يَشْعُرُونَ

Transliteration wamakarū makran wamakarnā makran wahum lā yashʿurūna

Dhivehi (ﷲ وحي ކުރެއްވިއެވެ.) އެމީހުން މަކަރެއް ހަދައި ނުބައި ރޭވުންރޭވީއެވެ. އަދި ތިމަންރަސްކަލާނގެވެސް މަކަރެއްހަދައި ރޭވުމެއް ރޭވީމެވެ. އެކަން އެމީހުންނަށް އެއްގޮތަކަށްވެސް إحساس އެއް ނުވެއެވެ.

Verse 51

فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ مَكْرِهِمْ أَنَّا دَمَّرْنَـٰهُمْ وَقَوْمَهُمْ أَجْمَعِينَ

Transliteration fa-unẓur kayfa kāna ʿāqibatu makrihim annā dammarnāhum waqawmahum ajmaʿīna

Dhivehi ދެން ނިކަން އެމީހުން އެހެދި މަކަރާއި ރޭވުމުގެ ފަހުކޮޅު ނިކަން ދެކިބަލާށެވެ. ހަމަކަށަވަރުން އެމީހުންނާއި އެމީހުންގެ މުޅި قوم އެކީއެކަށް ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. • ދަންނައެވެ. أبوجعفر الطبري ގެ تفسير ގައި މިއާޔަތުގެ ދަށުގައި ލިއުއްވާފައިވެއެވެ. އެމީހުން صالح ގެފާނު މަރައިލަން ހެދި މަކަރަކީ: صالح ގެފާނަށް އެރަށުގައި (حِجْرُ ގައި) މިސްކިތެއް ވެއެވެ. އެއީ އެކަލޭގެފާނު ނަމާދުފުޅުކުރައްވާތަނެވެ. ދެންފަހެ މިބައިމީހުން ނުކުމެގެންގޮސް އެތާ ގާތުގައިވާ ހޮހޮޅަކަށް ވަނީއެވެ. އަދި ބުންޏެވެ. އެކަލޭގެފާނު ނަމާދުފުޅަށް ވަޑައިގަތީމާ އަހުރެމެން އެކަލޭގެފާނު قتل ކޮށްލާނީއެވެ. ދެންފަހެ ﷲ تعالى އެ ހޮހޮޅުގެ ދޮރުމަތީގައި ހިލައެއް ޖައްސަވައި ބަންދުކުރެއްވީއެވެ. އަދި އެރަށުގެ މީހުންނަށް އެމީހުން ވީތަނެއް ނޭނގުނެވެ. އަދި އެމީހުނަކަށް އެރަށުގެ މީހުންވީތަނެއް ނޭނގުނެވެ. ﷲ تعالى އެމީހުންނަށް އެތާ عذاب ދެއްވީއެވެ. އަދި ރަށުގެ މީހުންނަށް (ރަށުގެ ކާފަރުންނަށް) ރަށުގައި عذاب ދެއްވީއެވެ. ދެބައިމީހުންވެސް ހަލާކުވެ ދިޔައީއެވެ. صالح ގެފާނާއި އެކަލޭގެފާނާއި އެކުގައިވާ މީހުން ސަލާމަތްކުރެއްވީއެވެ. والله أعلم.\n= تفسير الطبري =

Verse 52

فَتِلْكَ بُيُوتُهُمْ خَاوِيَةًۢ بِمَا ظَلَمُوٓا۟ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَعْلَمُونَ

Transliteration fatil'ka buyūtuhum khāwiyatan bimā ẓalamū inna fī dhālika laāyatan liqawmin yaʿlamūna

Dhivehi ފަހެ އެމީހުން އަނިޔާވެރިވުމުގެ ސަބަބުން އެހުރީ އެމީހުންގެ ގެތަށް ހުސްވެ ފަޅުވެފައެވެ. ހަމަކަށަވަރުން ދަންނަ ބަޔަކަށް އެކަންތަކުގައި دليل އާއި حجّة ވާކަން ކަށަވަރެވެ.

Verse 53

وَأَنجَيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ

Transliteration wa-anjaynā alladhīna āmanū wakānū yattaqūna

Dhivehi އަދި އެމީހުންނީ އީމާންވެ تَقْوى ވެރިންކަމުގައިވީ މީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ.

Verse 54

وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ وَأَنتُمْ تُبْصِرُونَ

Transliteration walūṭan idh qāla liqawmihi atatūna l-fāḥishata wa-antum tub'ṣirūna

Dhivehi އަދި لوط ގެފާނު (رسول ކަމާއިގެން ފޮނުއްވީމެވެ.) އެކަލޭގެފާނު އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު. ހަނދުމަފުޅު ކުރައްވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ރަނގަޅަށް ދެކޭ حال / ދަންނަ حال ކަލޭމެން فَاحِش ކަންތައް ގެނަސްގަންނަނީހެއްޔެވެ؟

Verse 55

أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌ تَجْهَلُونَ

Transliteration a-innakum latatūna l-rijāla shahwatan min dūni l-nisāi bal antum qawmun tajhalūna

Dhivehi ކަލޭމެން شَهْوَة ގެ ކަންތައް ފުއްދުމަށް އަންހެނުން ފިޔަވައި ފިރިހެނުން ގެނަސްގަންނަނީހެއްޔެވެ؟ އަދި ކިޔެއްހެއްޔެވެ؟ ކަލޭމެންނަކީ ތަންދޮރުނޭނގޭ جَاهِل ބައެކެވެ.

Verse 56

۞ فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوٓا۟ ءَالَ لُوطٍ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ

Transliteration famā kāna jawāba qawmihi illā an qālū akhrijū āla lūṭin min qaryatikum innahum unāsun yataṭahharūna

Dhivehi (އެކަލޭގެފާނުންގެ އެބަސްފުޅުތަކުގެ ޖަވާބުގައި) އެ قوم ގެމީހުންގެ جواب އެއްކަމުގައިވީ އޭގެ އެއްބަޔަކު އަނެއްބަޔަކަށް މިފަދައިން ބުނުމެވެ. لوط ގެފާނުންގެ آل ން އަދި އެކަލޭގެފާނަށް تبع ވީ މީހުން ކަލޭމެން ރަށުން ނެރެލާށެވެ. ހަމަކަށަވަރުން އަހުރެމެންނަކީ އެބަހީ: އެރަށުގެ މީހުންނަކީ - (ނުބައިކަންތައްތަކުން) طاهر ވާ ބައެކެވެ.

Verse 57

فَأَنجَيْنَـٰهُ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ قَدَّرْنَـٰهَا مِنَ ٱلْغَـٰبِرِينَ

Transliteration fa-anjaynāhu wa-ahlahu illā im'ra-atahu qaddarnāhā mina l-ghābirīna

Dhivehi ފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން (އެބަހީ لوطގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން (އެކަލޭގެފާނުންގެ އަނބިކަނބަލުން ފިޔަވައި) ތިމަންރަސްކަލާނގެ ސަލާމަތް ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެކަމަނާއާއިމެދު މިންވަރުކުރެއްވީ ރަށުގެމީހުންނާއެކު އެމީހުންގެތެރޭގައި ހުންނަގޮތަށެވެ. (އެމީހުނާއެކު ހަލާކުވާގޮތަށެވެ.)

Verse 58

وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ

Transliteration wa-amṭarnā ʿalayhim maṭaran fasāa maṭaru l-mundharīna

Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (ނުބައި) ވާރެއެއް ވެއްސެވީމެވެ. ފަހެ إنْذَار ކުރެވުނު މީހުންގެ ވާރޭ ނުބައިވެގެންވެއެވެ.

Verse 59

قُلِ ٱلْحَمْدُ لِلَّهِ وَسَلَـٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰٓ ۗ ءَآللَّهُ خَيْرٌ أَمَّا يُشْرِكُونَ

Transliteration quli l-ḥamdu lillahi wasalāmun ʿalā ʿibādihi alladhīna iṣ'ṭafā āllahu khayrun ammā yush'rikūna

Dhivehi (އޭ رسول ﷲ އެވެ!) އެންމެހައި تعريف އާއި ثناء އެއް ހުރީ ﷲ އަށެވެ. ކަލޭގެފާނު އެފަދައިން ވިދާޅުވާށެވެ. އަދި إختيار ކުރެވި خاصّ ކުރެވިގެންވާ ﷲ ގެ އަޅުތަކުންނަށް سلام ހުއްޓެވެ. (ކަލޭގެފާނު. ވިދާޅުވާށެވެ.) ހެޔޮވެގެންވަނީ ﷲ ހެއްޔެވެ؟ ނުވަތަ އެމީހުން އެ شرك ކޮށް ބައިވެރިކުރާ شريك ންތައް ހެއްޔެވެ؟

Verse 60

أَمَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءً فَأَنۢبَتْنَا بِهِۦ حَدَآئِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنۢبِتُوا۟ شَجَرَهَآ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ بَلْ هُمْ قَوْمٌ يَعْدِلُونَ

Transliteration amman khalaqa l-samāwāti wal-arḍa wa-anzala lakum mina l-samāi māan fa-anbatnā bihi ḥadāiqa dhāta bahjatin mā kāna lakum an tunbitū shajarahā a-ilāhun maʿa l-lahi bal hum qawmun yaʿdilūna

Dhivehi ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނީ އެއްވެސް منفع އެއް ނުދެވޭ އަދި އެއްވެސް ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށް ހެއްޔެވެ؟) ނުވަތަ އުޑުތަކާއި ބިން ހައްދަވައި އަދި ކަލޭމެނަށްޓަކައި އުޑުން ފެން ބާވައިލެއްވި ކަލާނގެއަށް ހެއްޔެވެ؟ (އެކަލާނގެ وحي ކުރެއްވިއެވެ.) އަދި އެފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ރީތިކަމާއި ފުރިހަމަކަމުގެ ވެރި ބަގީޗާތައް ހެއްދެވީމެވެ. އެބަގީޗާތަކުގައި ގަސްހެއްދެވުމަކީ އެއްގޮތަކަށްވެސް ކަލޭމެނަށް ވާނޭކަމެއްނޫނެވެ. ﷲ އާއިއެކު އެހެން إله އެއް ވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެ) އަދި ކިޔެއްހެއްޔެވެ؟ އެމީހުންނަކީ حقّ މަގާއި ދުރުވެ މަގުފުރެދިފައިވާ ބައެކެވެ.

Verse 61

أَمَّن جَعَلَ ٱلْأَرْضَ قَرَارًا وَجَعَلَ خِلَـٰلَهَآ أَنْهَـٰرًا وَجَعَلَ لَهَا رَوَٰسِىَ وَجَعَلَ بَيْنَ ٱلْبَحْرَيْنِ حَاجِزًا ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

Transliteration amman jaʿala l-arḍa qarāran wajaʿala khilālahā anhāran wajaʿala lahā rawāsiya wajaʿala bayna l-baḥrayni ḥājizan a-ilāhun maʿa l-lahi bal aktharuhum lā yaʿlamūna

Dhivehi ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނީ) އެއްވެސް منفع އެއް އަދި ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްއްހެއްޔެވެ؟) ނުވަތަ ބިންގަނޑު قَرَار ކުރައްވައި ثابت ކުރެއްވި ކަލާނގެހެއްޔެވެ؟ އަދި އެކަލާނގެ އެބިމުގައި ކޯރުތައް ލައްވައި އޭގައި އެކަލާނގެ ވަރުގަދަ ފަރުބަދަތައް ލެއްވިއެވެ. އަދި (ލޮނުފެނުގެ ކަނޑާއި މީރުފެނުގެ ކަނޑާއި ދެކަނޑުގެ ދެމެދުގައި ދެކަނޑު މައްސުނިވެ މިކްސް ނުވުމަށްޓަކައި) ހުރަހެއްލެވިއެވެ. ﷲ އާއިއެކު އެހެން އެއްވެސް إله އަކުވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެވެ.) އަދި ކިޔެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުންނަކަށް (ﷲ ގެ قدرة ތެރިކަމެއް އެއްކައުވަންތަކަމެއް) ނޭނގެއެވެ.

Verse 62

أَمَّن يُجِيبُ ٱلْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ ٱلسُّوٓءَ وَيَجْعَلُكُمْ خُلَفَآءَ ٱلْأَرْضِ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ

Transliteration amman yujību l-muḍ'ṭara idhā daʿāhu wayakshifu l-sūa wayajʿalukum khulafāa l-arḍi a-ilāhun maʿa l-lahi qalīlan mā tadhakkarūna

Dhivehi ނުވަތަ (އަޅުކަން އެފަރާތަކަށްކުރުން ހެޔޮވެގެންވަނީ) އެއްވެސް منفع އެއް އަދި ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްހެއްޔެވެ؟) ނުވަތަ ކަންބޮޑުވެ ގޮތްހުސްވެގެންވާ މީހާ دعاء ކުރީމާ އެމީހާއަށް އިޖާބަދެއްވައި އަދި އުނދަގުލާއި ތުރާތައް ފިއްލަވާ ކަލާނގެއަށްހެއްޔެވެ؟ އަދިބިމުގެ خليفة އިންކަމުގައި އެކަލާނގެ ކަލޭމެން ލެއްވިއެވެ. ކަލޭމެން عبرة އާއި نصيحة ލިބިގަންނަނީ ހާދަހާވެސް މަދުންނެވެ.

Verse 63

أَمَّن يَهْدِيكُمْ فِى ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ وَمَن يُرْسِلُ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦٓ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ تَعَـٰلَى ٱللَّهُ عَمَّا يُشْرِكُونَ

Transliteration amman yahdīkum fī ẓulumāti l-bari wal-baḥri waman yur'silu l-riyāḥa bush'ran bayna yaday raḥmatihi a-ilāhun maʿa l-lahi taʿālā l-lahu ʿammā yush'rikūna

Dhivehi ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނ) އެއްވެސް منفع އެއް ނުދެވޭ އަދި ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްހެއްޔެވެ؟) ނުވަތަ އެއްގަމާއި ކަނޑުގެ އަނދިރިތަކުގައި ކަލޭމެނަށް ތެދުމަގުދައްކަވާ ކަލާނގެއަށްހެއްޔެވެ؟ އަދި އެކަލާނގެ رحمة ކަމުގައިވާ ވާރޭގެ ކުރިޔަށް ވައިފޮނުއްވަނީ ހަމަ އެކަލާނގެއެވެ. (އެއީވެސް ހަމަ ﷲ އެވެ.) ﷲ އާއިއެކު އެހެން إله އެއްވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެވެ.) އެމީހުން އެކަލާނގެއާއި އެ شرك ކުރާތަކެތި ފިޔަވައި ﷲ މަތިވެރިވެވޮޑިގެންވެއެވެ.

Verse 64

أَمَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَمَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۗ أَءِلَـٰهٌ مَّعَ ٱللَّهِ ۚ قُلْ هَاتُوا۟ بُرْهَـٰنَكُمْ إِن كُنتُمْ صَـٰدِقِينَ

Transliteration amman yabda-u l-khalqa thumma yuʿīduhu waman yarzuqukum mina l-samāi wal-arḍi a-ilāhun maʿa l-lahi qul hātū bur'hānakum in kuntum ṣādiqīna

Dhivehi ނުވަތަ (އަޅުކަން އެފަރާތަކަށް ކުރުން ހެޔޮވެގެންވަނީ) އެއްވެސް منفع އެއް ނުދެވޭ އަދި އެއްވެސް ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށްހެއްޔެވެ؟) ނުވަތަ ފައްޓަވައިގެން خلق ތަކުން ހައްދަވާ ކަލާނގެއަށްހެއްޔެވެ؟ ދެން އެކަލާނގެ އިރާދަކުރައްވައިފިއްޔާ އެކަލާނގެ خلق ތަކުން މަރުވުމަށްފަހު އަލުންވެސް ދިރުއްވައި إعاد ކުރައްވާނެއެވެ. އަދި އުޑާއި ބިމުން ކަލޭމެނަށް ރިޒުގުދެއްވަނީ ހަމަ އެކަލާނގެއެވެ. (އެއީވެސް ހަމަ ﷲ އެވެ.) ﷲ އާއިއެކު އެހެން إله އަކުވޭހެއްޔެވެ؟ (ނުވާކަން ކަށަވަރެވެ.) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. (އޭ مشرك ންނޭވެ. އިސްވެދިޔަ ބާވަތުގެ އެންމެހައި ކަމެއް ކުރައްވަނީ ﷲ ފިޔަވައި އެހެން ފަރާތަކުން ކަމުގައި ކަލޭމެން ބުނާނަމަ) އަދި ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ އެކަމުގެ މައްޗަށް دليل އާއި حجّة ނިކަން ގެނެސްބަލާށެވެ. (ނުގެނެވޭނެކަން ކަށަވަރެވެ.)

Verse 65

قُل لَّا يَعْلَمُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ

Transliteration qul lā yaʿlamu man fī l-samāwāti wal-arḍi l-ghayba illā l-lahu wamā yashʿurūna ayyāna yub'ʿathūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމައެކަނި ﷲ އަށް މެނުވީ އުޑުތަކާއި އަދި ބިމުގައިވާ އެއްވެސްމީހަކަށް غَيْبُ ނޭނގެއެވެ. އަދި (ކަށްވަޅުތަކުން ނުކުމެ) محشر އަށް އެމީހުން ފޮނުވޭނީ ކޮންއިރަކުންކަން އެމީހުންނަށް إحْسَاس ވެސް ނުވާނެއެވެ. (غَيْبُ ގެ علم އަކީ ހަމައެކަނި ﷲ އަށް خاصّ އެއްޗެކެވެ. قيامة ވާނެ ވަގުތެއް އެނގުންވެސްވަނީ އޭގެތެރެއިންނެވެ.)

Verse 66

بَلِ ٱدَّٰرَكَ عِلْمُهُمْ فِى ٱلْـَٔاخِرَةِ ۚ بَلْ هُمْ فِى شَكٍّ مِّنْهَا ۖ بَلْ هُم مِّنْهَا عَمُونَ

Transliteration bali iddāraka ʿil'muhum fī l-ākhirati bal hum fī shakkin min'hā bal hum min'hā ʿamūna

Dhivehi އަދި ކިއެއްހެއްޔެވެ؟ آخرة ދުވަހުން އެމީހުންގެ އެނގުން (آخرة އާއިމެދު އެނގުން) ފުރިހަމަވާނެއެވެ. އަދި ކިޔެއްހެއްޔެވެ؟ (ދުނިޔޭގައި) އެމީހުން އެވަނީ އެޔާމެދު يعني: آخرة އާއިމެދު - ޝައްކެއްގައެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އެވަނީ آخرة އާއިމެދު ކަނުވެފައެވެ. އެއްވެސް އެނގުމެއް ނެތެވެ.

Verse 67

وَقَالَ ٱلَّذِينَ كَفَرُوٓا۟ أَءِذَا كُنَّا تُرَٰبًا وَءَابَآؤُنَآ أَئِنَّا لَمُخْرَجُونَ

Transliteration waqāla alladhīna kafarū a-idhā kunnā turāban waābāunā a-innā lamukh'rajūna

Dhivehi އަދި ކާފަރުވީ މީސްތަކުން ބުންޏެވެ. އަހުރެމެންނާއި އަދި އަހުރެމެންގެ ކާބަފައިންވެސް މަރުވެ ގޮސް ބިމުހުރިވެއްޔަށްވުމަށްފަހު އަލުންދިރިގެން ފޮނުވޭނޭހެއްޔެވެ؟

Verse 68

لَقَدْ وُعِدْنَا هَـٰذَا نَحْنُ وَءَابَآؤُنَا مِن قَبْلُ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ

Transliteration laqad wuʿid'nā hādhā naḥnu waābāunā min qablu in hādhā illā asāṭīru l-awalīna

Dhivehi ހަމަކަށަވަރުން އަހުރެމެންނަށާއި އަހުރެމެންގެ ކާބަފައިންނަށްވެސް ވަނީ (މީގެކުރީގައި) މިވާހަކަ وعد ކުރެވިފައެވެ. (އެއިން އެއްވެސް މީހަކު ދިރުނީއެއްނޫނެވެ.) މިވާހަކަތައް އަދި މި وعد ތައް އެއީ އިހުޒަމާނުގެ މީހުންގެ ދޮގު އަދި ތާކުންތާކު ނުޖެހޭ ވާހަކަތަކެއްކަމުގައި މެނުވީނުވެއެވެ.

Verse 69

قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُجْرِمِينَ

Transliteration qul sīrū fī l-arḍi fa-unẓurū kayfa kāna ʿāqibatu l-muj'rimīna

Dhivehi ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ ދޮގުވެރިންނޭވެ!) ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދައިބަލާށެވެ! އަދި (އިސްވެދިޔަ) ނުބައިމީހުންގެ ފަހުކޮޅުވެގެން ދިޔައީ ކޮންފަދައަކުންތޯ ބަލައި އެޔާމެދު فكر ކޮށް عبرة حاصل ކޮށްބަލާށެވެ!

Verse 70

وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُن فِى ضَيْقٍ مِّمَّا يَمْكُرُونَ

Transliteration walā taḥzan ʿalayhim walā takun fī ḍayqin mimmā yamkurūna

Dhivehi އަދި ކަލޭގެފާނު އެމީހުންގެ މައްޗަށް ހިތާމަފުޅު ނުކުރައްވާށެވެ! އަދި އެމީހުން އެރާވާ ނުބައި ރޭވުންތަކާއިމެދު ހިތްޕުޅު ދަތިފުޅު ނުކުރައްވާށެވެ! (ﷲ تعالى އެމީހުންގެ މައްޗަށް ކަލޭގެފާނަށް نصر ދެއްވައި އެމީހުން ހަލާކު ކުރައްވާހުއްޓެވެ.)

Verse 71

وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ

Transliteration wayaqūlūna matā hādhā l-waʿdu in kuntum ṣādiqīna

Dhivehi އަދި އެމީހުން ބުނެއެވެ. (އޭ مؤمن ންނޭވެ!) ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން ބުނެބަލާށެވެ! އަހުރެމެންނަށް ތިޔަ وعد ކުރެވޭ ކަންތައް (عذاب އައުން) ވާނީ ދެންކޮންއިރަކުންހެއްޔެވެ؟

Verse 72

قُلْ عَسَىٰٓ أَن يَكُونَ رَدِفَ لَكُم بَعْضُ ٱلَّذِى تَسْتَعْجِلُونَ

Transliteration qul ʿasā an yakūna radifa lakum baʿḍu alladhī tastaʿjilūna

Dhivehi އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން އަވަސްވުމަށް ތިޔަ އެދޭ ބައެއް ކަންތައް ދާދިގާތުގައި ކަލޭމެނަށް އައުން އެކަށީގެންވެއެވެ. އަތުވެދާނެއެވެ.

Verse 73

وَإِنَّ رَبَّكَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ

Transliteration wa-inna rabbaka ladhū faḍlin ʿalā l-nāsi walākinna aktharahum lā yashkurūna

Dhivehi (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނު رَبّ އެއީ މީސްތަކުންގެމައްޗަށް ނުހަނު އޯގާވަންތަ ކަލާނގެކަން ކަށަވަރެވެ. އަދި އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުން شكر ނުކުރެއެވެ.

Verse 74

وَإِنَّ رَبَّكَ لَيَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ

Transliteration wa-inna rabbaka layaʿlamu mā tukinnu ṣudūruhum wamā yuʿ'linūna

Dhivehi އަދި ހަމަކަށަވަރުން އެމީހުންގެ ހިތްތަކުގައި ވަންހަނާކުރާ ތަކެއްޗާއި އަދި އެމީހުން ފައުޅުކުރާތަކެތިވެސް ކަލޭގެފާނުންގެ رَبّ ދެނެވޮޑިގެންވާކަން ކަށަވަރެވެ.

Verse 75

وَمَا مِنْ غَآئِبَةٍ فِى ٱلسَّمَآءِ وَٱلْأَرْضِ إِلَّا فِى كِتَـٰبٍ مُّبِينٍ

Transliteration wamā min ghāibatin fī l-samāi wal-arḍi illā fī kitābin mubīnin

Dhivehi އަދި އުޑާއި ބިމުގައި غَائب ވެ ވަންހަނާވެގެންވާ އެއްވެސް އެއްޗެއް އެއެއްޗަށް بَيان ވެގެންވާ ފޮތެއްގައި ނުވަތަ بيان ކޮށްދޭ ފޮތެއްގައިވާ މެނުވީ ނުވެއެވެ. (އެބަހީ: ހުރިހާ އެއްޗެއް ފޮތުގައި بَيَان ވެގެންވެއެވެ.)

Verse 76

إِنَّ هَـٰذَا ٱلْقُرْءَانَ يَقُصُّ عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَكْثَرَ ٱلَّذِى هُمْ فِيهِ يَخْتَلِفُونَ

Transliteration inna hādhā l-qur'āna yaquṣṣu ʿalā banī is'rāīla akthara alladhī hum fīhi yakhtalifūna

Dhivehi އެކަންކަމާއިމެދު އެމީހުންކުރެ ގިނަމީހުން (يهودي ންނާއި نصارى އިންކުރެ ގިނަމީހުން) إختلافވެ ދެބަސްވާ ގިނަކަންތައްތަކުގެ بيان (حقّ ގޮތް) އެހެން ހުރިހާމީހުންނަށްވުރެބޮޑަށް بَني إسرائيل ންނަށް ހަމަކަށަވަރުންވެސް މި قرآن ބަޔާންކޮށްދެއްވައި ކިޔައިދެއެވެ.

Verse 77

وَإِنَّهُۥ لَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ

Transliteration wa-innahu lahudan waraḥmatun lil'mu'minīna

Dhivehi އަދި ހަމަކަށަވަރުން އެ قرآن އަކީ مؤمن ންވާ ތެދުމަގެކެވެ. އަދި رحمة އެކެވެ.

Verse 78

إِنَّ رَبَّكَ يَقْضِى بَيْنَهُم بِحُكْمِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْعَلِيمُ

Transliteration inna rabbaka yaqḍī baynahum biḥuk'mihi wahuwa l-ʿazīzu l-ʿalīmu

Dhivehi (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެމީހުންގެ މެދުގައި އެކަލާނގެ حكم ން حكم ކުރައްވައިނިޔާކުރައްވައެވެ. އަދި އެކަލާނގެއީ عزّة ވަންތަ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 79

فَتَوَكَّلْ عَلَى ٱللَّهِ ۖ إِنَّكَ عَلَى ٱلْحَقِّ ٱلْمُبِينِ

Transliteration fatawakkal ʿalā l-lahi innaka ʿalā l-ḥaqi l-mubīni

Dhivehi ފަހެ ކަލޭގެފާނު ކަނޑައެޅިގެން ﷲ އަށް އިތުބާރުކުރައްވައި وكيل ކުރައްވާށެވެ! ހަމަކަށަވަރުން ކަލޭގެފާނު ވަނީ بيان ވެގެންވާ حقّ ގައެވެ.

Verse 80

إِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ

Transliteration innaka lā tus'miʿu l-mawtā walā tus'miʿu l-ṣuma l-duʿāa idhā wallaw mud'birīna

Dhivehi ހަމަކަށަވަރުން މަރުވެފައިވާ މީހުންނަށް ކަލޭގެފާނަށް އިއްވައެއް ނުދެވޭނެއެވެ. (އެކަމުގެ ކުޅަދާނަކަމެއް ކަލޭގެފާނުންގެ ކިބައިގައި ނުވެއެވެ.) އަދި ބީރުންވެސް އެމީހުން (ނުއަހާންވެގެން) އެނބުރި ފުރަގަސްދީފައި ދަންޏަކާއި އެމީހުންނަށް وعظ އާއި نصيحة އިއްވައި ނުދެވޭނެއެވެ. އަންގައެއްވެސް ނުދެވޭނެއެވެ.

Verse 81

وَمَآ أَنتَ بِهَـٰدِى ٱلْعُمْىِ عَن ضَلَـٰلَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِـَٔايَـٰتِنَا فَهُم مُّسْلِمُونَ

Transliteration wamā anta bihādī l-ʿum'yi ʿan ḍalālatihim in tus'miʿu illā man yu'minu biāyātinā fahum mus'limūna

Dhivehi އަދި ލޯއަނދިރިމީހުން އެމީހުންގެ އެމަގުފުރެދުމުގެ އަނދިރިކަމުގައިވަނިކޮށް އެމީހުންނަށް ތެދުމަގު ދެއްކެވޭނެ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. ތިމަންރަސްކަލާނގެއަށް އީމާންވެ ކިޔަމަންވެގެންވާޙާލު ތިމަންރަސްކަލާނގެ އާޔަތްތައް ތެދުކޮށް އެއާޔަތްތަކަށް إيمانވާ ބަޔަކަށް އިއްވައިދެވޭނޭ ބޭކަލަކު ކަމުގައި މެނުވީކަލޭގެފާނުވެއެވެ.

Verse 82

۞ وَإِذَا وَقَعَ ٱلْقَوْلُ عَلَيْهِمْ أَخْرَجْنَا لَهُمْ دَآبَّةً مِّنَ ٱلْأَرْضِ تُكَلِّمُهُمْ أَنَّ ٱلنَّاسَ كَانُوا۟ بِـَٔايَـٰتِنَا لَا يُوقِنُونَ

Transliteration wa-idhā waqaʿa l-qawlu ʿalayhim akhrajnā lahum dābbatan mina l-arḍi tukallimuhum anna l-nāsa kānū biāyātinā lā yūqinūna

Dhivehi އަދި އެމީހުންގެމައްޗަށް عذاب ގެ ނުވަތަ ކޯފާ حقّ ވެއްޖެއްޔާ އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ބިމުން دَابّة އެއް ނެރުއްވާހުށީމެވެ. ހަމަކަށަވަރުން މީސްތަކުން ތިމަންރަސްކަލާނގެ އާޔަތްތައް يقين ނުކުރާކަމުގައިވިއެވެ. (މި دَابّة ނުކުތުމަކީވެސް ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ އެއްދަލީލެވެ.) والله أعلم.

Verse 83

وَيَوْمَ نَحْشُرُ مِن كُلِّ أُمَّةٍ فَوْجًا مِّمَّن يُكَذِّبُ بِـَٔايَـٰتِنَا فَهُمْ يُوزَعُونَ

Transliteration wayawma naḥshuru min kulli ummatin fawjan mimman yukadhibu biāyātinā fahum yūzaʿūna

Dhivehi އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުންކުރެ ކޮންމެ أُمَّة އަކުންވެސް جماعَة އެއް ތިމަންރަސްކަލާނގެ محشر ކުރައްވާދުވަހުން އެކުރައްވާ ދުވަހުން، އެމީހުން ތިބޭހުށީ އޭގެ އެންމެކުރީ މީހާއާއިއެކު އެންމެފަހުމީހާވެސް ބަނދެވި ހައްޔަރުވެގެންނެވެ. (ވަކިނުވެވޭގޮތަށެވެ.)

Verse 84

حَتَّىٰٓ إِذَا جَآءُو قَالَ أَكَذَّبْتُم بِـَٔايَـٰتِى وَلَمْ تُحِيطُوا۟ بِهَا عِلْمًا أَمَّاذَا كُنتُمْ تَعْمَلُونَ

Transliteration ḥattā idhā jāū qāla akadhabtum biāyātī walam tuḥīṭū bihā ʿil'man ammādhā kuntum taʿmalūna

Dhivehi އެއެންމެން އަތުވެއްޖައުމަށްދާންދެންނެވެ. (ދެން އެއެންމެން އައިސް ހަމަވުމުން) އެކަލާނގެ وحي ކުރައްވާހުއްޓެވެ. ކަލޭމެން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރީހެއްޔެވެ؟ އެއާޔަތްތައް حقّ ގޮތުގައި ކަލޭމެންނަށް معرفة ނުވީހެއްޔެވެ؟ ނުވަތަ ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ކުރާކަމުގައިވީ ކޮންކަމެއްހެއްޔެވެ؟

Verse 85

وَوَقَعَ ٱلْقَوْلُ عَلَيْهِم بِمَا ظَلَمُوا۟ فَهُمْ لَا يَنطِقُونَ

Transliteration wawaqaʿa l-qawlu ʿalayhim bimā ẓalamū fahum lā yanṭiqūna

Dhivehi އަދި އެމީހުން އަނިޔާވެރިވުމުގެ ސަބަބުން އެމީހުންގެމައްޗަށް عذاب (ނުވަތަ عذاب ގެ ބަސްފުޅު) حقّ ވެއްޖެއެވެ. ފަހެ އެމީހުން (އޭގެ އިދިކޮޅަށް حجّة އާއި ދަލީލުގެގޮތުން) ބަސްނުބުނާނެއެވެ.

Verse 86

أَلَمْ يَرَوْا۟ أَنَّا جَعَلْنَا ٱلَّيْلَ لِيَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ

Transliteration alam yaraw annā jaʿalnā al-layla liyaskunū fīhi wal-nahāra mub'ṣiran inna fī dhālika laāyātin liqawmin yu'minūna

Dhivehi އެމީހުން ހަމަކަށަވަރުން އެމީހުން އޭގައިހަމަހިމޭންވެ ތިބުމަށްޓަކައި ރޭގަނޑުލައްވައި އަދި (عملى މައިދާނުގައި حركاة ތެރިވެ އުޅުމަށް) ދުވާލު އެއީ އަލިކުރާއެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވިކަން އެމީހުންނަށް ނޭގޭބާވަވައެވެ؟ (فكر ކޮށްނަހަދަނީބާވައެވެ.) ހަމަކަށަވަރުން އެކަންތަކުގައި - އެބަހީ: ރޭދުވާ ތަފާތުކޮށް އަދި ތަކުރާރުވާގޮތަށް ލެއްވުމުގައި - އީމާންވާ ބަޔަކަށް އަދި ތެދުކުރާ ބަޔަކަށް دليل އާ حجّة ވެއެވެ. (އެފަދަ ކަންތައްތައް އެހިންގަވާ ފަރާތަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވުމަށް އުނދަގޫނުވާނެކަން އެނގެންވާނެއެވެ.

Verse 87

وَيَوْمَ يُنفَخُ فِى ٱلصُّورِ فَفَزِعَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۚ وَكُلٌّ أَتَوْهُ دَٰخِرِينَ

Transliteration wayawma yunfakhu fī l-ṣūri fafaziʿa man fī l-samāwāti waman fī l-arḍi illā man shāa l-lahu wakullun atawhu dākhirīna

Dhivehi އަދި ތާޅަފިލިފުމެލެއްވޭ ދުވަހުން ﷲ އިރާދަކުރެއްވި އަޅަކުމެނުވީ އުޑުތަކާއި ބިމުގައިވާހާ ބަޔަކު ހޭބަލިވެ މަރުވެގެން ހިނގައިދާނެއެވެ. އަދި އެންމެން (ފަހުން އަލުން ދިރިގެން) ނިކަމެތިވެ ދެރަވެގެންވާ حال ތިމަންރަސްކަލާނގެ حضرة އަށް އަންނަހުއްޓެވެ.

Verse 88

وَتَرَى ٱلْجِبَالَ تَحْسَبُهَا جَامِدَةً وَهِىَ تَمُرُّ مَرَّ ٱلسَّحَابِ ۚ صُنْعَ ٱللَّهِ ٱلَّذِىٓ أَتْقَنَ كُلَّ شَىْءٍ ۚ إِنَّهُۥ خَبِيرٌۢ بِمَا تَفْعَلُونَ

Transliteration watarā l-jibāla taḥsabuhā jāmidatan wahiya tamurru marra l-saḥābi ṣun'ʿa l-lahi alladhī atqana kulla shayin innahu khabīrun bimā tafʿalūna

Dhivehi (އޭ رسول ﷲ އެވެ!) ފަރުބަދަތައް އެހެން ހުންނައިރު އެފަރުބަދަތައް ހުއްޓިފައި ކޮޅަށްހުންނަކަމަށް ކަލޭގެފާނަށް ހީފުޅުވާނެއެވެ. އެކަމަކު ވިލާ ދުވާގޮތަށް އެފަރުބަދަތައްވެސް ދުވެއެވެ. حركاة ކުރެއެވެ. އެއީ ހުރިހާ ތަކެތިވެސް ބަރާބަރުކޮށް ފުރިހަމަކޮށް އަދި ހިމުންކޮށް ހައްދަވާ ކަލާނގެ ހެއްދެވުމެވެ. ހަމަކަށަވަރުން ކަލޭމެންކުރާހާކަމެއްގެ خبر އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.

Verse 89

مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌ مِّنْهَا وَهُم مِّن فَزَعٍ يَوْمَئِذٍ ءَامِنُونَ

Transliteration man jāa bil-ḥasanati falahu khayrun min'hā wahum min fazaʿin yawma-idhin āminūna

Dhivehi ހެޔޮކަމަކާއިގެން އައިމީހާ - އެބަހީ: ހެޔޮ عمل ކޮށްފި މީހާއަށް އޭނާ އެކުރި عمل އަށްވުރެ މާހެޔޮދަރުމަޔާއި ثواب ހުންނަ ހުއްޓެވެ. އަދި އެމީހުން އެދުވަހުގެ يعني: قيامة ދުވަހުގެ ސިހުމާއި ބިރުވެރިކަމުން އަމާންވެގެންވެއެވެ.

Verse 90

وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِى ٱلنَّارِ هَلْ تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ

Transliteration waman jāa bil-sayi-ati fakubbat wujūhuhum fī l-nāri hal tuj'zawna illā mā kuntum taʿmalūna

Dhivehi އަދި ނުބައިކަމާއިގެން އައިމީހާ އެބަހީ: ނުބައިކަންތައް ކުރިމީހާ ދަންނައެވެ. އެފަދަމީހުން (އެދުވަހުން) މޫނުތައް ވަތަށް ނަރަކައަށް އެއްލެވޭނެއެވެ. އަދި އެމީހުންނަށް އެންގެވޭނެއެވެ. ކަލޭމެން ދުނިޔޭގައިތިބިއިރު ކުރާކަމުގައިވީ ކަންތައްތަކަށް މެނުވީ - އޭގެ ސަބަބަންމެނުވީ ކަލޭމެންނަށް جزاء ލިބޭކަމުގައި ނުވެއެވެ. އެބަހީ - އެފަދަ عذاب ތިޔަލިބެނީ ދުނިޔޭގައި ތިބެގެން ކުރި ނުބައިކަންތައްތަކުގެ ސަބަބުންނެވެ.

Verse 91

إِنَّمَآ أُمِرْتُ أَنْ أَعْبُدَ رَبَّ هَـٰذِهِ ٱلْبَلْدَةِ ٱلَّذِى حَرَّمَهَا وَلَهُۥ كُلُّ شَىْءٍ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ

Transliteration innamā umir'tu an aʿbuda rabba hādhihi l-baldati alladhī ḥarramahā walahu kullu shayin wa-umir'tu an akūna mina l-mus'limīna

Dhivehi (رسول ﷲ ﷺ حديث ކުރެއްވިއެވެ.) ތިމަންކަލޭގެފާނަށް أمر ވެވިގެންވާކަން ކަށަވަރީ މިރަށުގެވެރި (މި مكّة ގެވެރި) ربّ އަށް ތިމަންކަލޭގެފާނު އަޅުކަންކުރުމަށެވެ. އެކަލާނގެއީ އެރަށް حُرمة ތެރިކުރެއްވި ކަލާނގެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ ތިމަންކަލޭގެފާނު مسلم ންގެ ތެރެއިން ވުމަށެވެ. (إخلاص ތެރިކަމާއެކު ﷲ އަށް ކިޔަމަންތެރިވުމަށެވެ.)

Verse 92

وَأَنْ أَتْلُوَا۟ ٱلْقُرْءَانَ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَقُلْ إِنَّمَآ أَنَا۠ مِنَ ٱلْمُنذِرِينَ

Transliteration wa-an atluwā l-qur'āna famani ih'tadā fa-innamā yahtadī linafsihi waman ḍalla faqul innamā anā mina l-mundhirīna

Dhivehi (އަދި ތިމަންކަލޭގެފާނަށް أمر ވެވިގެންވަނީ) ތިމަންކަލޭގެފާނު قرآن ކިޔެވުމަށެވެ. (ފަހެ ތިމަންކަލޭގެފާނަށް تبع ވެ إيمان ވެ) ތެދުމަގު ލިބިގެންފިމީހާ ތެދުމަގު އެލިބިގަންނަނީ އެމީހާގެ އަމިއްލަ نفس އަށެވެ. އެކަމުގެ ހެވާ ލާބަހުރީ ހަމަ އެމީހާގެ نفس އަށެވެ. (އަދި ތިމަންކަލޭގެފާނު ދޮގުކޮށް) މަގުފުރެދިގެންފިމީހާ ދަންނައެވެ. އެމީހަކާމެދު ތިމަންކަލޭގެފާނަށް ގެއްލުމެއްނެތެވެ. ތިމަންކަލޭގެފާނު ވާކަން ކަށަވަރީ إنذَار ކުރައްވާ ބޭކަލަކު ކަމުގައެވެ. (މަގުފުރެދޭމީހެއްގެ މަގުފުރެދުމަކުން ތިމަންކަލޭގެފާނަކަށް އެއްވެސް ގެއްލުމެއްނެތެވެ.)

Verse 93

وَقُلِ ٱلْحَمْدُ لِلَّهِ سَيُرِيكُمْ ءَايَـٰتِهِۦ فَتَعْرِفُونَهَا ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا تَعْمَلُونَ

Transliteration waquli l-ḥamdu lillahi sayurīkum āyātihi fataʿrifūnahā wamā rabbuka bighāfilin ʿammā taʿmalūna

Dhivehi އަދި (الله وَحِي ކުރެއްވިއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. ނިކަންހުރެ އެކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތައް އެކަލާނގެ ކަލޭމެނަށް ދައްކަވާހުއްޓެވެ. ދެން އޭރުން (އެދަލީލުތަކާއި حجّة ތައް - އަދި ކަލޭމެނަށް ތިމަންކަލޭގެފާނު މިދޭ نصيحة ގެ حقيقة) ކަލޭމެނަށް އެނގިދާނެއެވެ. އަދި ކަލޭމެން ކުރާ ކަންތައްތައް ފިޔަވައި غافل ވެވޮޑިގެންވާ ކަލަކުކަމުގައި ކަލޭގެފާނުންގެ رَبّ ނުވެއެވެ.

Read Surah An-Naml in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.