MyDugsiStart learning

Surah Al-Qasas in Dhivehi: translation and audio

Surah 28 · القصص · The Stories · 88 verses

Surah Al-Qasas verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Qasas word by word in English.

Verse 1

طسٓمٓ

Transliteration tta-seen-meem

Dhivehi طسم މިއަކުރުތަކަކީ ބައެއް ސޫރަތް ފެށޭތާ ހުންނަ ވަކިއަކުރުފަދަ އަކުރުތަކެކެވެ. މިއަކުރުތަކުން އެދެވޭ މުރާދެއް ދެނެވޮޑިގަތުން خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ.

Verse 2

تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ

Transliteration til'ka āyātu l-kitābi l-mubīni

Dhivehi މިއީ ބަޔާންވެގެންވާ ފޮތުގެ يعني: ކީރިތި قرآن ގެ އާޔަތްތަކެވެ.

Verse 3

نَتْلُوا۟ عَلَيْكَ مِن نَّبَإِ مُوسَىٰ وَفِرْعَوْنَ بِٱلْحَقِّ لِقَوْمٍ يُؤْمِنُونَ

Transliteration natlū ʿalayka min naba-i mūsā wafir'ʿawna bil-ḥaqi liqawmin yu'minūna

Dhivehi (އޭ رسول ﷲ އެވެ!) موسى عليه السّلام އާއި އަދި فرعون ގެ خبر ކަލޭގެފާނަށް ތިމަންރަސްކަލާނގެ حقّ ގޮތުގައި ކިޔައިދެމެވެ. (މިފޮތް ތެދުކޮށް إيمان ވާ ބަޔަކަށް އެއީ ތެދެއްކަން އެނގޭނެއެވެ.)

Verse 4

إِنَّ فِرْعَوْنَ عَلَا فِى ٱلْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَآئِفَةً مِّنْهُمْ يُذَبِّحُ أَبْنَآءَهُمْ وَيَسْتَحْىِۦ نِسَآءَهُمْ ۚ إِنَّهُۥ كَانَ مِنَ ٱلْمُفْسِدِينَ

Transliteration inna fir'ʿawna ʿalā fī l-arḍi wajaʿala ahlahā shiyaʿan yastaḍʿifu ṭāifatan min'hum yudhabbiḥu abnāahum wayastaḥyī nisāahum innahu kāna mina l-muf'sidīna

Dhivehi ހަމަކަށަވަރުން فرعون (مصر ގެ ބިމުގައި) ބޮޑާވެ މަތިވެގެންފިއެވެ. އަދި އެރަށުގެ أهل ވެރިން އެކިއެކި فِرقة ތަކަކަށް ހަދައިލައިފިއެވެ. އަދި އޭގެތެރެއިން އެއް جَماعة އެއްގެމީހުން ނިކަމެތިކޮށްލައި އަޅުވެތިކޮށްލަނީއެވެ. އެއީ بَني إسرائيل އެވެ. އަދި އޭނާ އެމީހުންގެ ފިރިހެންދަރިން މަރައި އަންހެންދަރިން ނުމަރައި ދޫކުރެއެވެ. ހަމަކަށަވަރުން އޭނާވީ ފާސިދުންގެތެރެއިންނެވެ.

Verse 5

وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ ٱلْوَٰرِثِينَ

Transliteration wanurīdu an namunna ʿalā alladhīna us'tuḍ'ʿifū fī l-arḍi wanajʿalahum a-immatan wanajʿalahumu l-wārithīna

Dhivehi އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވަނީ ބިމުގައި ދެރަކޮށްލެވި ނިކަމެތިކޮށްލެވިފައިއެވާ މީހުންނަށް އޯގާވަންތަވެ އަދި ދަރުމަވަންތަވެރިވެވޮޑިގަތުމަށެވެ. އެމީހުންނަކީ بَني إسرائيل މީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުން އެއީ إمام ންކަމުގައި ލައްވައި (ވެރިންކަމުގައި ލައްވައި) އަދި (فرعون އަށްފަހު) އެމީހުންނަކީ ބިންގަނޑުގެ ވާރުތަވެރިންކަމުގައި ލެއްވުމަށެވެ. (އެއީ مصر ގެ ބިންގަނޑެވެ.)

Verse 6

وَنُمَكِّنَ لَهُمْ فِى ٱلْأَرْضِ وَنُرِىَ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا مِنْهُم مَّا كَانُوا۟ يَحْذَرُونَ

Transliteration wanumakkina lahum fī l-arḍi wanuriya fir'ʿawna wahāmāna wajunūdahumā min'hum mā kānū yaḥdharūna

Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުންނަށް (مصر އާއި شام ކަރައިގެ) ބިމުގައި ހަމަޖައްސަވައިދެއްވައި تَمْكِيْنُ ކޮށްދެއްވުމަށެވެ. އަދި فرعون އަށާއި هامان އަށާއި އަދި އެދެމީހުންގެ ސިފައިންނަށްވެސް އެމީހުން ބިރުން އެއުޅޭ ކަންތައް ދެއްކެވުމަށެވެ. (އެކަމަކީ بَني إسرائيل ގެތެރެއިން ފިރިހެން ކުއްޖަކު އުފެދި ބޮޑުވުމެވެ.)

Verse 7

وَأَوْحَيْنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِى ٱلْيَمِّ وَلَا تَخَافِى وَلَا تَحْزَنِىٓ ۖ إِنَّا رَآدُّوهُ إِلَيْكِ وَجَاعِلُوهُ مِنَ ٱلْمُرْسَلِينَ

Transliteration wa-awḥaynā ilā ummi mūsā an arḍiʿīhi fa-idhā khif'ti ʿalayhi fa-alqīhi fī l-yami walā takhāfī walā taḥzanī innā rāddūhu ilayki wajāʿilūhu mina l-mur'salīna

Dhivehi އަދި ތިމަންރަސްކަލާނގެ موسى عليه السّلام ގެ މަންމައަށް إلْهَام ކުރައްވައި އެންގެވީމެވެ. ކަމަނާ އެދަރިކަލުންނަށް ކިރުފޮދު އަރުއްވައިދެއްވާށެވެ! އަދިކަމަނާ އެދަރިކަލުންގެ މައްޗަށް (فرعون އާއި އޭނާގެ ސިފައިންގެ ފަރާތުން) ބިރުފުޅުގެން ވަޑައިގެންފިއްޔާ ކަމަނާ އެދަރިކަލުން ކަނޑަށް (ނީލަކޯރަށް) އެއްލަވާލައްވާށެވެ! އަދި ކަމަނާ (އެދަރިކަލުންނާމެދު) ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! އަދި ހިތާމަފުޅުވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަމަނާގެ އަރިހަށް އެދަރިކަލުން ރައްދުކޮށްދެއްވާނެ ކަލަކީމެވެ. އަދި އެކަލޭގެފާނު އެއީ رسول ބޭކަލުންގެ ތެރެއިންވާ ބޭކަލަކު ކަމުގައި ލައްވާނޭކަލަކީމެވެ. (ދެން އެކަމަނާ ފޮއްޓެއްހައްދަވައި އެދަރިކަލުން އެއަށް ލައްވައި ނީލަކޯރަށް ދޫކޮށްލެއްވިއެވެ.)

Verse 8

فَٱلْتَقَطَهُۥٓ ءَالُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗ إِنَّ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا كَانُوا۟ خَـٰطِـِٔينَ

Transliteration fal-taqaṭahu ālu fir'ʿawna liyakūna lahum ʿaduwwan waḥazanan inna fir'ʿawna wahāmāna wajunūdahumā kānū khāṭiīna

Dhivehi ފަހެ فرعون ގެ آل ން (އޭނާގެ އެހީތެރިން) އެދަރިކަލުން ހޮވައިގެން ގެންނަވައިފިއެވެ. އެއީ އެމީހުންގެ عدوّ އަކަށާއި އަދި އެމީހުންނަށްވާ ހިތާމައެއްކަމުގައި ވުމަށްޓަކައެވެ. ހަމަކަށަވަރުން فرعون އާއި هَامان އާއި އަދި އެދެމީހުންގެ ސިފައިންވީ ކުށްވެރިންކަމުގައެވެ.

Verse 9

وَقَالَتِ ٱمْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّى وَلَكَ ۖ لَا تَقْتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًا وَهُمْ لَا يَشْعُرُونَ

Transliteration waqālati im'ra-atu fir'ʿawna qurratu ʿaynin lī walaka lā taqtulūhu ʿasā an yanfaʿanā aw nattakhidhahu waladan wahum lā yashʿurūna

Dhivehi އަދި فرعون ގެ އަނބިކަނބަލުން (فرعون އަށް) ވިދާޅުވިއެވެ. (މިދަރިކަލުންނަކީ) އަހުރެންނާއި އަދި ކަލެއާއި ދެމީހުންގެ ލޮލުގެ ފިނިކަމެވެ. ހިތްހަމަޖެހުމެވެ. އޭނާ މަރައިނުލާށެވެ! އަހުރެމެނަށް مَنفع ކުރުން އެކަށީގެންވެއެވެ. ނުވަތަ އަހުރެމެންގެ ދަރިއެއްކަމުގައި އެދަރިކަލުން ގެންގުޅޭނީއެވެ. އަދި އެމީހުންނަށް إحساس ވެސް ނުވެއެވެ. އެބަހީ: އެކަލޭގެފާނާމެދު ﷲ ކަންތައް ގެންދަވާނީ ކިނިހެއްކަންވެސް އެމީހުންނަށް ރޭކައިވެސް ނުލައެވެ.

Verse 10

وَأَصْبَحَ فُؤَادُ أُمِّ مُوسَىٰ فَـٰرِغًا ۖ إِن كَادَتْ لَتُبْدِى بِهِۦ لَوْلَآ أَن رَّبَطْنَا عَلَىٰ قَلْبِهَا لِتَكُونَ مِنَ ٱلْمُؤْمِنِينَ

Transliteration wa-aṣbaḥa fuādu ummi mūsā fārighan in kādat latub'dī bihi lawlā an rabaṭnā ʿalā qalbihā litakūna mina l-mu'minīna

Dhivehi އަދި موسى عليه السّلام ގެ މަންމާފުޅުގެ ހިތްޕުޅުމުޅިން (موسى عليه السّلام ގެ خيال ފިޔަވައި) އެހެން ހުރިހާ خيال އަކުން ހުސްވެއްޖެއެވެ. އެބަހީ: ހުރިހާ ވަގުތެއްގައިވެސް ވަނީ موسى عليه السّلام ގެ خيال އެވެ. ތިމަންރަސްކަލާނގެ އެކަމަނާގެ ހިތްޕުޅު ނުހިފެހެއްޓެވިނަމަ އެކަމަނާ އެކަލޭގެފާނުންގެ ވާހަކަ ފައުޅުކުރެއްވުން ގާތްވެގެންވިއެވެ. (އެހެން އެހެއްދެވީ) އެކަމަނާއަކީ (ތިމަންރަސްކަލާނގެ وعد ފުޅު) ތެދުކުރާމީހުންގެ ތެރެއިން މީހަކުކަމުގައި ވުމަށްޓަކައެވެ.

Verse 11

وَقَالَتْ لِأُخْتِهِۦ قُصِّيهِ ۖ فَبَصُرَتْ بِهِۦ عَن جُنُبٍ وَهُمْ لَا يَشْعُرُونَ

Transliteration waqālat li-ukh'tihi quṣṣīhi fabaṣurat bihi ʿan junubin wahum lā yashʿurūna

Dhivehi އަދި އެކަމަނާ (يعني: موسى عليه السّلام ގެ މަންމަ) އެކަލޭގެފާނުން يعني: موسى عليه السّلام ގެ أُخْتކަމަނާ އަށް ވިދާޅުވިއެވެ. ކަމަނާ ގޮސް އެދަރިކަލުންގެ އަސަރެއްވޭތޯ ބަލާށެވެ. އެދަރިކަލުންނަށް ވާގޮތެއް ބަލާށެވެ. ދެންފަހެ އެ أخت ކަމަނާ ދުރުދުރުގައި ހުރެގެން އެދަރިކަލުން ދެކެފިއެވެ. (އޭރު އެދަރިކަލުން ވަނީ فرعون ގެ ގަނޑުވަރުގައެވެ. އެދަރިކަލުންނަށް ކިރުދޭނެ މީހަކު ވޭތޯ ބަލަނީއެވެ!) އަދި އެކަމަނާއަކީ އެދަރިކަލުންގެ أخت ކަމެއް އެމީހުންނަށް ކުޑަކޮށްވެސް ނޭނގެއެވެ. إحساس ވެސް ނުވެއެވެ.

Verse 12

۞ وَحَرَّمْنَا عَلَيْهِ ٱلْمَرَاضِعَ مِن قَبْلُ فَقَالَتْ هَلْ أَدُلُّكُمْ عَلَىٰٓ أَهْلِ بَيْتٍ يَكْفُلُونَهُۥ لَكُمْ وَهُمْ لَهُۥ نَـٰصِحُونَ

Transliteration waḥarramnā ʿalayhi l-marāḍiʿa min qablu faqālat hal adullukum ʿalā ahli baytin yakfulūnahu lakum wahum lahu nāṣiḥūna

Dhivehi އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ މަންމަގެ ކުރިން އެހެން އެއްވެސް ކިރުމައެއްގެ ކިރު އެކަލޭގެފާނަށް މަނާކުރެއްވީމެވެ. (އެކަލޭގެފާނު އެގަނޑުވަރުގައި ތިންދުވަސް ވީއިރުވެސް އެއްވެސް އަންހެނެއް ކިރު ނުބެއްލެވިއެވެ. މުޅި އެތަންމިތާނގެ ކިރުމައިން އައިސް އެކަމާ އުޅެއެވެ. އެއްގޮތެއްވެސް ނުވެއެވެ. ދެންފަހެ އެދަރިކަލުންގެ أخت ކަމަނާ އެތަނަށްގޮސް ދެންނެވިއެވެ. އެދަރިކަލުންނަށް ކިރުދީ އޭނާގެ ކަންތަކާއި حوال ވާފަދަ ގެއެއްގެ أهل ވެރި ބައެއްގެ ވާހަކަ އަހުރެން ކަލޭމެންގެ ގާތު ބުނަންހެއްޔެވެ؟ އަދި އެމީހުންވާނީ އެދަރިކަލުންނަށްޓަކައި نصيحة ތެރި إخلاص ތެރި ބަޔަކު ކަމުގައެވެ. (ދެންފަހެ އެކަމަނާ إشارة ކުރީ އެދަރިކަލުންގެ މަންމަގެ ފަރާތަށެވެ. އެކަމަކު އެއީ އެދަރިކަލުންގެ މަންމަކަމެއް އެމީހުންނަކަށް ނޭނގެއެވެ. ދެން މަންމަ ގެނުވައި އެކަމަނާ ކިރުދެއްވުމުން އެދަރިކަލުން ކިރުފޮދު ހިތްޕެވިއެވެ. ދެން އެދަރިކަލުންނަށް ކިރުދެއްވުމަށާއި އެދަރިކަލުން ބެލެހެއްޓުމަށް أُجُوْر ދެއްވާފައި މަންމައާއި حوال ކުރެއްވީއެވެ. އެއަށް إشارة ކުރައްވައި ދެން މިއަންނަ އާޔަތުގައި وحي ކުރެއްވިއެވެ.

Verse 13

فَرَدَدْنَـٰهُ إِلَىٰٓ أُمِّهِۦ كَىْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَلِتَعْلَمَ أَنَّ وَعْدَ ٱللَّهِ حَقٌّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

Transliteration faradadnāhu ilā ummihi kay taqarra ʿaynuhā walā taḥzana walitaʿlama anna waʿda l-lahi ḥaqqun walākinna aktharahum lā yaʿlamūna

Dhivehi ދެންފަހެ ތިމަންރަސްކަލާނގެ އެދަރިކަލުން އެދަރިކަލުންގެ މަންމައަށް ރައްދުކޮށްދެއްވީމެވެ. އެއީ އެކަމަނާގެ ލޮލަށް ފިނިކަން ގެނައުމަށެވެ. އަދި އެކަމަނާ ހިތާމަ ނުކުރުމަށެވެ. އަދި ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ ތެދުކަން އެކަމަނާ ދެނެގަތުމަށްޓަކައެވެ. އަދި އެހެނެއްކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް އެކަމެއް ނޭނގެއެވެ.

Verse 14

وَلَمَّا بَلَغَ أَشُدَّهُۥ وَٱسْتَوَىٰٓ ءَاتَيْنَـٰهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

Transliteration walammā balagha ashuddahu wa-is'tawā ātaynāhu ḥuk'man waʿil'man wakadhālika najzī l-muḥ'sinīna

Dhivehi އަދި އެކަލޭގެފާނުގެ ގައިކޮޅުގެ ބާރުފުޅުގަދަ ޒުވާންކަން ފުރާފުރިހަމަވާ ހިސާބަށް ދިއުމުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދީނުގެ فقه ވެރިކަމާއި علم ދެއްވީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

Verse 15

وَدَخَلَ ٱلْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَـٰذَا مِن شِيعَتِهِۦ وَهَـٰذَا مِنْ عَدُوِّهِۦ ۖ فَٱسْتَغَـٰثَهُ ٱلَّذِى مِن شِيعَتِهِۦ عَلَى ٱلَّذِى مِنْ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَـٰذَا مِنْ عَمَلِ ٱلشَّيْطَـٰنِ ۖ إِنَّهُۥ عَدُوٌّ مُّضِلٌّ مُّبِينٌ

Transliteration wadakhala l-madīnata ʿalā ḥīni ghaflatin min ahlihā fawajada fīhā rajulayni yaqtatilāni hādhā min shīʿatihi wahādhā min ʿaduwwihi fa-is'taghāthahu alladhī min shīʿatihi ʿalā alladhī min ʿaduwwihi fawakazahu mūsā faqaḍā ʿalayhi qāla hādhā min ʿamali l-shayṭāni innahu ʿaduwwun muḍillun mubīnun

Dhivehi އަދި ރަށުގެ أهل ވެރިން غَافل ވެގެންވާ ހިނދެއްގައި (މީސްތަކުން މެންދުރު އޮށޯވެލާވަގުތު) އެކަލޭގެފާނު (موسى عليه السّلام) ރަށުގެތެރެއަށް ވެދެވަޑައިގެންނެވިއެވެ. އަދި ދެމީހަކު އެކަކު އަނެކަކަށް ހިފައި ތަޅާފޮޅާތީ އެކަލޭގެފާނު ދެކެވަޑައިގެންފިއެވެ. އެތަނުން އެކަކީ އެކަލޭގެފާނުންގެ دين ގެ މީހެކެވެ. بني إسرائيل އެކެވެ. އަނެކަކީ އެކަލޭގެފާނުންގެ عدوّ ންގެތެރެއިންވާ މީހެކެވެ. فِرعون قبيلة ގެ މީހެކެވެ. قِبْطِى އެކެވެ. ދެންފަހެ އެކަލޭގެފާނުންގެ دين ގެ މީހާ އެމީހާގެ عدوّ ގެ މައްޗަށް މަދަދާއި އެހީއަށްއެދި އެކަލޭގެފާނަށް ދަންނަވައިފިއެވެ. ދެންފަހެ އެކަލޭގެފާނުންގެ އަތްތިލަފުޅުން އެމީހާގެ މޭމަތީގައި ޖަހައިފިއެވެ. އަދި އެމީހާގެ މައްޗަށް ނިޔާކުރައްވައިފިއެވެ. އެޖެއްސެވުމުގެ ސަބަބުން އެމީހާ މަރުވެގެން ވެއްޓުނީއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ ސައިތާނާގެ عمل އެވެ. ހަމަކަށަވަރުން އެސޮރަކީ ބަޔާންވެގެންވާ ގޮތުގައި މަގުފުރައްދާ عدوّ އެކެވެ.

Verse 16

قَالَ رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى فَغَفَرَ لَهُۥٓ ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ

Transliteration qāla rabbi innī ẓalamtu nafsī fa-igh'fir lī faghafara lahu innahu huwa l-ghafūru l-raḥīmu

Dhivehi އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާ މިއަޅާގެ އަމިއްލަ نفس އަށް އަނިޔާވެރިވެއްޖައީމެވެ. ފަހެ މިއަޅާއަށް ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ އެކަލޭގެފާނަށް ފުއްސަވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 17

قَالَ رَبِّ بِمَآ أَنْعَمْتَ عَلَىَّ فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ

Transliteration qāla rabbi bimā anʿamta ʿalayya falan akūna ẓahīran lil'muj'rimīna

Dhivehi އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށް ދެއްވި نعمة ގެ ސަބަބުން مُجْرِم ންނަށްވާ އެހީތެރިއަކަށް މިއަޅާ ނުލައްވާނދޭވެ!

Verse 18

فَأَصْبَحَ فِى ٱلْمَدِينَةِ خَآئِفًا يَتَرَقَّبُ فَإِذَا ٱلَّذِى ٱسْتَنصَرَهُۥ بِٱلْأَمْسِ يَسْتَصْرِخُهُۥ ۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِىٌّ مُّبِينٌ

Transliteration fa-aṣbaḥa fī l-madīnati khāifan yataraqqabu fa-idhā alladhī is'tanṣarahu bil-amsi yastaṣrikhuhu qāla lahu mūsā innaka laghawiyyun mubīnun

Dhivehi ފަހެ ރަށުގައި ބިރުފުޅުގެންވަޑައިގެން ހުންނެވި ބޭކަލަކުކަމުގައި އެކަލޭގެފާނު ވެއްޖެއެވެ. އަދި ދެންވާނެ ގޮތަކާއިމެދު إنتظار ކުރައްވަކުރައްވާ ހުންނެވިއެވެ. އެހެން ހުންނަވަނިކޮށް އިއްޔެ އެކަލޭގެފާނުންގެ އަރިހުން نصر އަށް އެދުނުމީހާ އެކަލޭގެފާނަށް ގޮވާ ހަޅޭލަވަން ފަށައިފިއެވެ. މިއަދުވެސް އޭނާ موسى عليه السّلام ގެ އަރިހުން نصر އެދެނީއެވެ. (އޭރުމިއިސްރާއީލުމީހާ އެހެން قِبْطِى އަކާއި ތަޅާފޮޅަނީއެވެ.) އަދި موسى عليه السّلام އެ إسرائيل މީހާއަށް ވިދާޅުވިއެވެ. ކަލެއަކީ ހަމަކަށަވަރުންވެސް ވަރަށްބޮޑަށް ގެއްލި ހަލާކުވެ މަގުފުރެދިފައިވާ މީހެއްކަން ކަށަވަރެވެ.

Verse 19

فَلَمَّآ أَنْ أَرَادَ أَن يَبْطِشَ بِٱلَّذِى هُوَ عَدُوٌّ لَّهُمَا قَالَ يَـٰمُوسَىٰٓ أَتُرِيدُ أَن تَقْتُلَنِى كَمَا قَتَلْتَ نَفْسًۢا بِٱلْأَمْسِ ۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارًا فِى ٱلْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلْمُصْلِحِينَ

Transliteration falammā an arāda an yabṭisha bi-alladhī huwa ʿaduwwun lahumā qāla yāmūsā aturīdu an taqtulanī kamā qatalta nafsan bil-amsi in turīdu illā an takūna jabbāran fī l-arḍi wamā turīdu an takūna mina l-muṣ'liḥīna

Dhivehi އަދި އެދެމީހުންގެ عَدُوُّ ކަމުގައިވާ قِبْطِى ކަލޭގެއަށް އަދަބުދެއްވުމަށް އެކަލޭގެފާނު ހީފުޅުކުރެއްވިހިނދު އެމީހާ ދެންނެވިއެވެ. يعني: بني إسرائيل މީހާ ދެންނެވިއެވެ. އޭ موسى އެވެ! ކަލޭގެފާނު ތިޔަ އެދިވަޑައިގަންނަވަނީ އިއްޔެވެސް ކަލޭގެފާނު މީހަކު މެރިފަދައިން މިއަދު އަހުރެން މަރަންހެއްޔެވެ؟ (އޭނާއަށް ހީވީ އޭނާ މަރަން އުޅުނުހެންނެވެ.) ކަލޭގެފާނު އެދިވަޑައިގަންނަވަނީ ބިންމަތީގައި جَبَّار ނުލަފާ މީހަކަށްވުންކަމުގައި މެނުވީ ނުވެއެވެ. އަދި ކަންތައްތައް إصلاح ކުރާ مُصْلِح އަކަށް ވުމަކަށް ކަލޭގެފާނު އެދިވަޑައި ނުގަންނަވައެވެ. • ދަންނައެވެ. މި بني إسرائيل ކަލޭގެ މިވާހަކަކޮޅު موسى ގެފާނަށް ދެންނެވިއިރު އަނެއް قِبْطِى ކަލޭގެ ހުރީ ރަނގަޅަށް ކަނުލައި އަހައިގެން ކަމުގައިވީތީ އިއްޔެ މީހާ މަރައިލީ موسى ގެފާނުކަން ރަނގަޅަށް އޭނާއަށް އެނގިއްޖެއެވެ. އެހެންވެ އަވަސްއަވަހަށް އެތަނުން ދުވެގޮސް އިއްޔެ މީހާ މަރައިލި މީހަކީ موسى ގެފާނުކަން فرعون ގެ މީހުންނަށް އަންގަވައި އެކަމުގެ تفصيل ދީފިއެވެ. ހަމަ އެހިނދުމެވެ. موسى ގެފާނާއިމެދު ކަންތައް ނިންމާނެގޮތަކާއިމެދު فرعون އާއި އޭނާގެ ބޮޑުންގެ މެދުގައި مشورة ފެށިއްޖެއެވެ. والله أعلم.

Verse 20

وَجَآءَ رَجُلٌ مِّنْ أَقْصَا ٱلْمَدِينَةِ يَسْعَىٰ قَالَ يَـٰمُوسَىٰٓ إِنَّ ٱلْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَٱخْرُجْ إِنِّى لَكَ مِنَ ٱلنَّـٰصِحِينَ

Transliteration wajāa rajulun min aqṣā l-madīnati yasʿā qāla yāmūsā inna l-mala-a yatamirūna bika liyaqtulūka fa-ukh'ruj innī laka mina l-nāṣiḥīna

Dhivehi އަދި ރަށުގެ ދުރު ހިސާބުން ހަރުކޮށް ހިނގާފައި އައިމީހަކު އައިސް موسى ގެފާނަށް ދެންނެވިއެވެ. އޭ موسى އެވެ! ރަށުގެ ބޮޑެތިމީހުން ކަލޭގެފާނު މެރުމަށް مشورة ކޮށް جلسة ކުރަނީއެވެ. ކަލޭގެފާނު އެހެންވެ އަވަހަށް މިރަށުން ނުކުމެވަޑައިގަންނަވާށެވެ. އަހުރެންނަކީ ކަލޭގެފާނަށްވާ نصيحة ތެރިންކުރެ މީހަކީމެވެ. (ބުނެވެނީ އެމީހަކީ إيمان ކަން ވަންހަނާކުރި فرعون قبيلة ގެ މީހާކަމަށެވެ. އެވާހަކަ غافر ސޫރަތުގައި ވާނެއެވެ.)

Verse 21

فَخَرَجَ مِنْهَا خَآئِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِى مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ

Transliteration fakharaja min'hā khāifan yataraqqabu qāla rabbi najjinī mina l-qawmi l-ẓālimīna

Dhivehi ދެންފަހެ موسى ގެފާނު ބިރުފުޅުގެންވަޑައިގެން ހުންނަވާ حال ކޮޅު އެރަށުން ނުކުމެވަޑައިގެންފިއެވެ. (فرعون ގެ މީހުން އެކަލޭގެފާނުން ހޯދަން އަތުވެދާނެތީ) އެކަމުން ދެންވާނެގޮތަކާމެދު إنتظار ކުރައްވާ ބަލަބަލާ ހުންނެވުމާ އެކުގައެވެ. އަދި ވިދާޅުވިއެވެ. އޭއަޅުގެ ربّ އެވެ! އަނިޔާވެރި قوم ގެފަރާތުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!

Verse 22

وَلَمَّا تَوَجَّهَ تِلْقَآءَ مَدْيَنَ قَالَ عَسَىٰ رَبِّىٓ أَن يَهْدِيَنِى سَوَآءَ ٱلسَّبِيلِ

Transliteration walammā tawajjaha til'qāa madyana qāla ʿasā rabbī an yahdiyanī sawāa l-sabīli

Dhivehi އަދި مَدْيَنُ ގެފަރާތަށް އެކަލޭގެފާނު ކުރިމަތިފުޅުލެއްވިހިނދު ވިދާޅުވިއެވެ. މިއަޅާގެ ربّ މިއަޅާއަށް ސީދާ ތެދުމަގު ދެއްކެވުން أمّيد ކުރެވެއެވެ. ތެދުމަގު ދައްކަވާނެއެވެ.

Verse 23

وَلَمَّا وَرَدَ مَآءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةً مِّنَ ٱلنَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ ٱمْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِى حَتَّىٰ يُصْدِرَ ٱلرِّعَآءُ ۖ وَأَبُونَا شَيْخٌ كَبِيرٌ

Transliteration walammā warada māa madyana wajada ʿalayhi ummatan mina l-nāsi yasqūna wawajada min dūnihimu im'ra-atayni tadhūdāni qāla mā khaṭbukumā qālatā lā nasqī ḥattā yuṣ'dira l-riʿāu wa-abūnā shaykhun kabīrun

Dhivehi އަދި مَدْيَنُ ގެ ފެނާހަމައަށް (ގެރިބަކަށްޓަށް މީހުން ފެންދޭ ފެނާހަމައަށް) އެކަލޭގެފާނަށް ވަޑައިގެންނެވުނުހިނދުން ގިނަ عدد އެއްގެ ބަޔަކު އެތަނުން އެކަލޭގެފާނު ދެކެވަޑައިގެންފިއެވެ. (އެއީ ގެރިބަކަށްޓަށް ފެންދޭން ގޮސްތިބި މީހުންނެވެ.) އަދި އެމީހުންނާއި ތަންކޮޅެއް ދުރުގައި ސޫފިތައް ހިފައިގެން ތިބި ދެއަންހެނުން ދެކެވަޑައިގެންފިއެވެ. އެދެމީހުން ތިބީ ބަކަރިތައް ތަންތަނަށް ދިޔަނުދީ ހިފަހައްޓައިގެންނެވެ. އެދެ އަންހެނުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ދެމީހުން ޖަނަވާރުތަކަށް ފެންނުދީ ތިޔަތިބީ ކީއްވެގެންހެއްޔެވެ؟ ކަލޭމެންގެ مقصد އަކީ ކޮބައިހެއްޔެވެ؟ އެދެމީހުން ދެންނެވިއެވެ. ގެރިބަކަށްޓަށް ފެންދޭން އައިސްތިބިމީހުން އެނބުރިދިޔައިމާނޫނީ އަހުރެމެން އަހުރެމެންގެ ޖަނަވާރުތަކަށް ފެންނުދެމެވެ. އަހުރެމެންގެ ބައްޕައަކީ ބޮޑު މުސްކުޅިއެކެވެ. (ބަލިކަށިވެ، މިފަދަކަމަކަށް އެކަށީގެންނުވާ މީހެކެވެ. ގޭގައި އެހެން ފިރިހެނަކު ނުވެއެވެ.)

Verse 24

فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ

Transliteration fasaqā lahumā thumma tawallā ilā l-ẓili faqāla rabbi innī limā anzalta ilayya min khayrin faqīrun

Dhivehi ދެންފަހެ އެކަލޭގެފާނު އެދެމީހުންނަށް ފެންދެއްވައިފިއެވެ. (އެދެމީހުންގެ ބަކަރިތަކަށް ފެންދެއްވައިފިއެވެ.) ދެން ވަޑައިގެން ގަހެއްގެ ހިޔަލަށް ވަޑައިގެންފިއެވެ. އަދި ވިދާޅުވިއެވެ. އޭއަޅުގެ ربّ އެވެ. ހެޔޮކަމުގެ ތެރެއިން އިބަރަސްކަލާނގެ މިއަޅާއަށް ބާވައިލައްވާ ކޮންމެ އެއްޗަކަށް މިއަޅާ ބޭނުންވެގެންވެއެވެ.

Verse 25

فَجَآءَتْهُ إِحْدَىٰهُمَا تَمْشِى عَلَى ٱسْتِحْيَآءٍ قَالَتْ إِنَّ أَبِى يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيْهِ ٱلْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ

Transliteration fajāathu iḥ'dāhumā tamshī ʿalā is'tiḥ'yāin qālat inna abī yadʿūka liyajziyaka ajra mā saqayta lanā falammā jāahu waqaṣṣa ʿalayhi l-qaṣaṣa qāla lā takhaf najawta mina l-qawmi l-ẓālimīna

Dhivehi ދެންފަހެ އެދެ އަންހެނުންކުރެ އެއްކުއްޖަކު ލަދުވެތިކަމާއިއެކު ހިނގާފައިއައިސް އެކަލޭގެފާނަށް ދެންނެވިއެވެ. އަހުރެމެންނަށް ކަލޭގެފާނު ފެންދެއްވިކަމުގެ އުޖޫރަ ކަލޭގެފާނަށް ދެއްވުމަށް އަހުރެންގެ ބައްޕަ ކަލޭގެފާނަށް އެބަވިދާޅުވެއެވެ. (ދެން އެކަލޭގެފާނު އެއަންހެންމީހާއާއިއެކު އެބޭކަލެއްގެ ގެއަށް ވަޑައިގެންފިއެވެ. އެބޭކަލަކީ شُعَيب عليه السّلام ކަމުގައި ރިވާވެގެންވާ ކިތަންމެ ރިވާޔަތެއްވެއެވެ.) ދެންފަހެ އެކަލޭގެފާނު އެބޭކަލެއްގެ އަރިހަށް ވަޑައިގެން އެބޭކަލަކަށް ވާހަކަތައް ކިޔައިދެއްވުމުން އެބޭކަލަކު ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ. އަނިޔާވެރި قوم ގެ ކިބައިން ކަލޭގެފާނު ސަލާމަތްވީއެވެ.

Verse 26

قَالَتْ إِحْدَىٰهُمَا يَـٰٓأَبَتِ ٱسْتَـْٔجِرْهُ ۖ إِنَّ خَيْرَ مَنِ ٱسْتَـْٔجَرْتَ ٱلْقَوِىُّ ٱلْأَمِينُ

Transliteration qālat iḥ'dāhumā yāabati is'tajir'hu inna khayra mani is'tajarta l-qawiyu l-amīnu

Dhivehi އެދެއަންހެންކުދިންގެތެރެއިން އެއްކުއްޖަކު އޭނާގެ ބައްޕައަށް ބުންޏެވެ. އޭ އަހުރެންގެ ބައްޕާއެވެ. އޭނާ أُجُور އިން ބަހައްޓަވާށެވެ. (ބަކަރިތަކަށް ކާންދީ ފެންދީހަދަން ކުއްޔަށް އޭނާ މިގޭގައި ބަހައްޓަވާށެވެ.) ހަމަކަށަވަރުން ބާރުގަދަ އަމާނާތްތެރިއަކު ބައްޕަ ކުއްޔަށް ހިފުން ހެޔޮވެގެންވެއެވެ. • ދަންނައެވެ. މިފަދައިން އެކަމަނާ ދެންނެވީމާ ބައްޕައަށް ސުވާލު އުފެދުންކަމުގައިވެއެވެ. އަދި އެކަލޭގެފާނުންގެ ބާރުގަދަކަމާއި އަމާނާތްތެރިކަން ކަމަނާއަށް އެނގުނީ ކިހިނަކުންތޯ އެއްސެވިއެވެ. އެކަމަނާ ދެންނެވިއެވެ. އެކަލޭގެފާނު އަހުރެމެނަށް ފެންދިން ވަޅުގައި ޖަހާފައިވާ މަތިގަނޑަކީ ވިހިތިރީސް މީހުންނަށް ނޫނީ ނުނެގޭވަރުގެ މަތިގަނޑެކެވެ. އެކަލޭގެފާނު ދާދި ފަސޭހަކޮށް އެމަތިގަނޑު ނެންގެވުމުން ބާރުފުޅުގަދަކަން އެނގުނީއެވެ. އަދި އަޅުގަނޑާއިއެކު ހިންގަވާފައި ގެއަށް ވަޑައިގެންނެވި މަގުމަތީގައި އަހުރެންގެ ކުރީގައި ހުންނެވުމާއި އަހުރެންނާ ދިމާއަށް ނުބެއްލެވިކަން އެއީ އެކަލޭގެފާނުންގެ • އަމާނާތްތެރިކަމުގެ دليل އެވެ. والله أعلم.

Verse 27

قَالَ إِنِّىٓ أُرِيدُ أَنْ أُنكِحَكَ إِحْدَى ٱبْنَتَىَّ هَـٰتَيْنِ عَلَىٰٓ أَن تَأْجُرَنِى ثَمَـٰنِىَ حِجَجٍ ۖ فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ ۖ وَمَآ أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰلِحِينَ

Transliteration qāla innī urīdu an unkiḥaka iḥ'dā ib'natayya hātayni ʿalā an tajuranī thamāniya ḥijajin fa-in atmamta ʿashran famin ʿindika wamā urīdu an ashuqqa ʿalayka satajidunī in shāa l-lahu mina l-ṣāliḥīna

Dhivehi (ދެންފަހެ މިކަމަނާގެ މިވާހަކަތަކަށްފަހު އެކަމަނާގެ ބައްޕަ موسى ގެފާނާ مخاطب ކުރައްވައި) އެބޭކަލަކު ވިދާޅުވިއެވެ. (އޭ موسى އެވެ!) އަހުރެން އެދެނީ އަހުރެން قصد ކުރަނީ އަހުރެންގެ މިތިބަ ދެއަންހެންދަރިންކުރެ އެއްދަރިއަކާއި ކަލޭގެފާނާއި ކާވެނިކޮށްދެއްވުމަށެވެ. އެއީ އަށްއަހަރުވަންދެން (ބަކަރިތައް ބަލަހައްޓަވައި ކާންދެއްވައި ހެއްދެވުމަށް) މިގޭގައި ހުންނެވުމުގެ އުޖޫރައިގެ މައްޗަށެވެ. އަދި ދިހައަހަރު ފުރިހަމަކޮށްދެއްވައިފިނަމަ އެއީ ދެން ކަލޭގެފާނުންގެ ކަމެކެވެ. إختيار އެކެވެ. އަދި އެއްވެސްގޮތަކުން ކަލޭގެފާނަށް ދަތިކުރާކަށް އަހުރެން ބޭނުމެއްނޫނެވެ. ﷲ އިރާދަކުރެއްވިއްޔާ ކަލޭގެފާނަށް އަހުރެން ފެނިވަޑައިގަންނަވާނީ صالح ންގެ ތެރެއިންވާ މީހަކުކަމުގައެވެ.

Verse 28

قَالَ ذَٰلِكَ بَيْنِى وَبَيْنَكَ ۖ أَيَّمَا ٱلْأَجَلَيْنِ قَضَيْتُ فَلَا عُدْوَٰنَ عَلَىَّ ۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌ

Transliteration qāla dhālika baynī wabaynaka ayyamā l-ajalayni qaḍaytu falā ʿud'wāna ʿalayya wal-lahu ʿalā mā naqūlu wakīlun

Dhivehi موسى عليه السّلام ވިދާޅުވިއެވެ. އެއީ يعني: އަށްއަހަރުދުވަހު خدمة ގައި ހުރުމުގެ މައްޗަށް ކާވެނިކޮށްދެއްވުން އެއީ އަޅުގަނޑާއި شَيْخُ އާއި ދެމެދު އޮތް އަމާނާތެކެވެ. އަދި ދިހައަހަރުގެ މުއްދަތާއި ދެމުއްދަތުންކުރެ ކޮންމެ މުއްދަތެއް އަހުރެން ހަމަކުރިޔަސް އަހުރެންގެ މައްޗަކަށް عدواة ތެރިކަމެއް ނުވެއެވެ. އޮވެގެން ނުވާނެއެވެ. (އެގޮތުގެމައްޗަށް އެކަން ނިމުނީއެވެ.) އަދި އަހުރެމެން މިބުނާ ބުނުމުގެ މައްޗަށް ﷲ وكيل އެވެ. އެކަލާނގެ ހެކިވެވޮޑިގެންވެއެވެ.

Verse 29

۞ فَلَمَّا قَضَىٰ مُوسَى ٱلْأَجَلَ وَسَارَ بِأَهْلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارًا قَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًا لَّعَلِّىٓ ءَاتِيكُم مِّنْهَا بِخَبَرٍ أَوْ جَذْوَةٍ مِّنَ ٱلنَّارِ لَعَلَّكُمْ تَصْطَلُونَ

Transliteration falammā qaḍā mūsā l-ajala wasāra bi-ahlihi ānasa min jānibi l-ṭūri nāran qāla li-ahlihi um'kuthū innī ānastu nāran laʿallī ātīkum min'hā bikhabarin aw jadhwatin mina l-nāri laʿallakum taṣṭalūna

Dhivehi ދެންފަހެ موسى عليه السّلام އެމުއްދަތު ހަމަކުރައްވާ ނިންމެވުމަށްފަހު އެހިނދުން (مصر އަށް ވަޑައިގަތުމަށްޓަކައި އެކަލޭގެފާނުންގެ أهل ވެރިންނާއިއެކު (ރޭގަނޑު) ހިންގަވާފައި ވަޑައިގެންނެވިއެވެ. އަދި طور ފަރުބަދައިގެ ގާތުން އެއްފަރާތުން އެކަލޭގެފާނު އަލިފާނެއް ދެކެވަޑައިގެންނެވިއެވެ. އަދި أهل ވެރިންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތާ ލަސްވެލައިތިބޭށެވެ. އަހުރެންނަށް އަލިފާނެއް ފެނިއްޖެއެވެ. އެތަނުން خبر އަކާއިގެން ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށްޓަކައި އަލިފާންބުރިއަކާއިގެން ނުވަތަ އަލިފާން ދަރުބުރިއަކާއިގެން އައުމަށް أمّيد ކުރެވެއެވެ.

Verse 30

فَلَمَّآ أَتَىٰهَا نُودِىَ مِن شَـٰطِئِ ٱلْوَادِ ٱلْأَيْمَنِ فِى ٱلْبُقْعَةِ ٱلْمُبَـٰرَكَةِ مِنَ ٱلشَّجَرَةِ أَن يَـٰمُوسَىٰٓ إِنِّىٓ أَنَا ٱللَّهُ رَبُّ ٱلْعَـٰلَمِينَ

Transliteration falammā atāhā nūdiya min shāṭi-i l-wādi l-aymani fī l-buq'ʿati l-mubārakati mina l-shajarati an yāmūsā innī anā l-lahu rabbu l-ʿālamīna

Dhivehi ދެންފަހެ އެކަލޭގެފާނު އެތަނަށް (އެއަލިފާނުގެ ގާތަށް) ވަޑައިގެންނެވިހިނދުން (موسى عليه السّلام ގެ) ކަނާތްޕުޅުފަރާތުގެ ވާދީއިން އެބަރަކާތްތެރި ތާނގައިވާ ގަހުން އެކަލޭގެފާނަށް ނިދާއިއްވެވުނެވެ. ގޮވައިލެއްވެވުނެވެ. (ނިދާއިއްވެވުނީ) އޭ موسى އެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ މިއީ ﷲ އެވެ. عَالم ތައް ހައްދަވާބޮޑުކުރައްވާ ބަލަހައްޓަވާ رَبّ އެވެ.

Verse 31

وَأَنْ أَلْقِ عَصَاكَ ۖ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰٓ أَقْبِلْ وَلَا تَخَفْ ۖ إِنَّكَ مِنَ ٱلْـَٔامِنِينَ

Transliteration wa-an alqi ʿaṣāka falammā raāhā tahtazzu ka-annahā jānnun wallā mud'biran walam yuʿaqqib yāmūsā aqbil walā takhaf innaka mina l-āminīna

Dhivehi އަދި ކަލޭގެފާނުންގެ އަސާކޮޅު އެއްލަވާށެވެ. (ދެން އެކަލޭގެފާނު އެއަސާކޮޅު އެއްލެވީއެވެ. އެހައިރުން އޭތި ހަރުފަޔަކަށް ބަދަލުވެ ދުވަންފެށީއެވެ.) ދެންފަހެ އޭތި ދުވެ حركاة ކުރާތަން ފެނުމުން - އޭރު އޭތި ހީވަނީ جَانُّ އެއް ހެންނެވެ. (އެއީ ބޮޑެތިބައިގެ ހަރުފައިގެ ވައްތަރެކެވެ.) އެހިނދު އެކަލޭގެފާނު ފުރަގަސްދެއްވާ އެނބުރިވަޑައިގެންފިއެވެ. އަދި ހުންނެވިތަނަށް އެނބުރި ވަޑައިނުގެންނެވިއެވެ. (އެހިނދު ﷲ وحي ކުރެއްވިއެވެ.) އޭ موسى އެވެ! ކަލޭގެފާނު (ތިމަންރަސްކަލާނގެއާއި) ކުރިމަތިފުޅުލައްވައި ވަޑައިގަންނަވާށެވެ! އަދި ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން ކަލޭގެފާނުވަނީ އަމާންވެގެންވާ ބޭކަލުންގެތެރެއިންނެވެ.

Verse 32

ٱسْلُكْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ وَٱضْمُمْ إِلَيْكَ جَنَاحَكَ مِنَ ٱلرَّهْبِ ۖ فَذَٰنِكَ بُرْهَـٰنَانِ مِن رَّبِّكَ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ

Transliteration us'luk yadaka fī jaybika takhruj bayḍāa min ghayri sūin wa-uḍ'mum ilayka janāḥaka mina l-rahbi fadhānika bur'hānāni min rabbika ilā fir'ʿawna wamala-ihi innahum kānū qawman fāsiqīna

Dhivehi އަދި ކަލޭގެފާނުންގެ އަތްޕުޅު (ކަލޭގެފާނުންގެ قميص ކޮޅުގެ) ޖީބުކޮޅަށް ވައްދަވާށެވެ! (ދެން އޭތި ނެރުއްވާއިރު) ނުކުންނާނީ ހުދުކުލައިގައެވެ. އެއީ އެއްވެސް ބަލިކަމެއް އަދި ނުބައެއްގެ ސަބަބަކުންނޫނެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅު ކަލޭގެފާނުންގެ އަރިކަށިފުޅާއި - ނުވަތަ މޭފުޅާއި ލަފާލައްވާ ގާތްކުރައްވާށެވެ! އޭރުން ބިރުފުޅު ފިލައިގެން ހިނގައިދާނެއެވެ. ފަހެ އެއީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ ދެދަލީލެވެ. ދެ حجّة އެވެ. (ދެ معجزة އެވެ.) فرعون އާއި އޭނާގެ ބޮޑުންގެ ގާތަށް (رسول ކަމާއިގެން) ވަޑައިގަތުމަށްޓަކައެވެ. ހަމަކަށަވަރުން އެމީހުންވީ فاسِق ބަޔަކު ކަމުގައެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބަޔަކުކަމުގައެވެ.)

Verse 33

قَالَ رَبِّ إِنِّى قَتَلْتُ مِنْهُمْ نَفْسًا فَأَخَافُ أَن يَقْتُلُونِ

Transliteration qāla rabbi innī qataltu min'hum nafsan fa-akhāfu an yaqtulūni

Dhivehi އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! މިއަޅާވާނީ އެމީހުންގެތެރެއިން މީހަކު މަރާފައެވެ. އެހެންވެ އެމީހުން މިއަޅާ މަރައިފާނެކަމަށް ބިރުގަންނަމެވެ.

Verse 34

وَأَخِى هَـٰرُونُ هُوَ أَفْصَحُ مِنِّى لِسَانًا فَأَرْسِلْهُ مَعِىَ رِدْءًا يُصَدِّقُنِىٓ ۖ إِنِّىٓ أَخَافُ أَن يُكَذِّبُونِ

Transliteration wa-akhī hārūnu huwa afṣaḥu minnī lisānan fa-arsil'hu maʿiya rid'an yuṣaddiqunī innī akhāfu an yukadhibūni

Dhivehi އަދި މިއަޅާގެ أخ هارون މިއަޅާއަށްވުރެން މާ ދޫފަސޭހަވާނެއެވެ. ބަޔާންކުރެއްވުން މާފުރިހަމައެވެ. ފަހެ މިއަޅާއާއިއެކު އެހީއަކަށް ވާގިވެރިއަކަށް އޭނާވެސް (رسول ކަމާއިގެން) ފޮނުއްވައި ދެއްވާނދޭވެ! އެއީ މިއަޅާ ތެދުކުރުމަށްޓަކައެވެ. (އެކަކުގެބަހަށްވުރެ ދެމީހުންގެބަސް قبول ކުރުން أولى ވެގެންވެއެވެ.) ހަމަކަށަވަރުން އެމީހުން މިއަޅާ ދޮގުކޮށްފާނެކަމަށް ބިރުގަންނަމެވެ.

Verse 35

قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجْعَلُ لَكُمَا سُلْطَـٰنًا فَلَا يَصِلُونَ إِلَيْكُمَا ۚ بِـَٔايَـٰتِنَآ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلْغَـٰلِبُونَ

Transliteration qāla sanashuddu ʿaḍudaka bi-akhīka wanajʿalu lakumā sul'ṭānan falā yaṣilūna ilaykumā biāyātinā antumā wamani ittabaʿakumā l-ghālibūna

Dhivehi ﷲ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ނިކަންހުރެ ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ أخ ގެސަބަބުން ކަލޭގެފާނުންގެ މުލައްދަނޑިފުޅު ގަދަކޮށްދެއްވާހުށީމެވެ. (އެބަހީ: ކަލޭގެފާނަށް ބާރުދެއްވައި ގަދަކަން ދެއްވާހުށީމެވެ.) އަދި ތިޔައިގެ ދެކަލުންނަށް ތިމަންރަސްކަލާނގެ حجّة އެއް (دليل އެއް) ލައްވާހުށީމެވެ. ފަހެ އެހެންވެ އެމީހުންނަށް ތިމަންރަސްކަލާނގެ އާޔަތްތަކުގެ ސަބަބުން ތިޔައިގެ ދެކަލުންނާ ހަމައަށް (ނުބައެއް ހެދުމުގެގޮތުން) واصل ނުވެވޭހުއްޓެވެ. ތިޔައިގެ ދެކަލުންނާއި އަދި ތިޔައިގެ ދެކަލުންނަށް تبع ވާ ބަޔަކުވާނީ ގަދަވާމީހުންކަމުގައެވެ.

Verse 36

فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَـٰتِنَا بَيِّنَـٰتٍ قَالُوا۟ مَا هَـٰذَآ إِلَّا سِحْرٌ مُّفْتَرًى وَمَا سَمِعْنَا بِهَـٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ

Transliteration falammā jāahum mūsā biāyātinā bayyinātin qālū mā hādhā illā siḥ'run muf'taran wamā samiʿ'nā bihādhā fī ābāinā l-awalīna

Dhivehi ދެންފަހެ ބަޔާންވެ ފައުޅުވެގެންވާ ތިމަންރަސްކަލާނގެ دليل ތަކާއި حجّة ތަކާއިގެން އެމީހުން ގާތަށް موسى عليه السّلام ވަޑައިގެންނެވިހިނދުން (އެމީހުން އެކަލޭގެފާނަށް ދެންނެވީ) ކަލޭގެފާނު ހައްދަވާފައިވާ ދޮގު سِحر އެއްކަމުގައި މެނުވީ ތިޔަތަކެތި ނުވެއެވެ. އަދި އަހުރެމެންގެ އިސްވެދިޔަ ކާބަފައިންގެފަރާތުން އަހުރެމެން ތިޔަފަދަ ވާހަކައެއް ނުއަހަމެވެ.

Verse 37

وَقَالَ مُوسَىٰ رَبِّىٓ أَعْلَمُ بِمَن جَآءَ بِٱلْهُدَىٰ مِنْ عِندِهِۦ وَمَن تَكُونُ لَهُۥ عَـٰقِبَةُ ٱلدَّارِ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ

Transliteration waqāla mūsā rabbī aʿlamu biman jāa bil-hudā min ʿindihi waman takūnu lahu ʿāqibatu l-dāri innahu lā yuf'liḥu l-ẓālimūna

Dhivehi އަދި موسى عليه السّلام ވިދާޅުވިއެވެ. އެކަލާނގެ حضرة ން ތެދުމަގާއިގެން އައީ ކާކުކަން ތިމަންކަލޭގެފާނުންގެ رَبّ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ފަހުކޮޅު ކާމިޔާބުވަނީ ކާކަށްކަންވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް ކާމިޔާބުނުވާ ހުއްޓެވެ.

Verse 38

وَقَالَ فِرْعَوْنُ يَـٰٓأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِى فَأَوْقِدْ لِى يَـٰهَـٰمَـٰنُ عَلَى ٱلطِّينِ فَٱجْعَل لِّى صَرْحًا لَّعَلِّىٓ أَطَّلِعُ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ مِنَ ٱلْكَـٰذِبِينَ

Transliteration waqāla fir'ʿawnu yāayyuhā l-mala-u mā ʿalim'tu lakum min ilāhin ghayrī fa-awqid lī yāhāmānu ʿalā l-ṭīni fa-ij'ʿal lī ṣarḥan laʿallī aṭṭaliʿu ilā ilāhi mūsā wa-innī la-aẓunnuhu mina l-kādhibīna

Dhivehi އަދި فرعون ބުންޏެވެ. އޭ قوم ގެ ބޮޑެތިމީހުންނޭވެ! އަހުރެން ފިޔަވައި އެހެން إله އެއް ކަލޭމެނަށް ވާކަމެއް އަހުރެންނަށް އެނގިގެން ނުވެއެވެ. އޭ هامان އެވެ! ކަލޭ އަލިފާން އަންދައި އީޓް ފިހެގެން އުސްބިނާއެއް އަހުރެންނަށް ހަދައިދީބަލާށެވެ! (އެތަނުން މައްޗަށް އަރައި) موسى އެބުނާ އެކަލޭގެފާނުންގެ إله އަށް އަހުރެން ބޯދީ ބަލައިލާނަމެވެ. އަހުރެންނަށް ހީވާގޮތުގައި އޭނާވަނީ ދޮގުވެރިންގެ ތެރެއިންނެވެ.

Verse 39

وَٱسْتَكْبَرَ هُوَ وَجُنُودُهُۥ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَظَنُّوٓا۟ أَنَّهُمْ إِلَيْنَا لَا يُرْجَعُونَ

Transliteration wa-is'takbara huwa wajunūduhu fī l-arḍi bighayri l-ḥaqi waẓannū annahum ilaynā lā yur'jaʿūna

Dhivehi ﷲ وحي ކުރެއްވިއެވެ. އަދި އޭނާޔާއި އޭނާގެ ސިފައިން (مصر ގެ) ބިމުގައި ބޮޑާވެއްޖެއެވެ. އެއްވެސް حقّ އެއް ނެތިއެވެ. އަދި އެމީހުން ހީކުރީ އެމީހުން ތިމަންރަސްކަލާނގެ حضرة އަށް އެނބުރި رجوع ނުވާނެކަމަށެވެ.

Verse 40

فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِينَ

Transliteration fa-akhadhnāhu wajunūdahu fanabadhnāhum fī l-yami fa-unẓur kayfa kāna ʿāqibatu l-ẓālimīna

Dhivehi ދެންފަހެ ތިމަންރަސްކަލާނގެ އޭނާޔާއި އޭނާގެ ސިފައިން ހިތްޕެވީމެވެ. އަދި އެމީހުން ކަނޑަށް އަޅައިލީމެވެ. އަނިޔާވެރިންގެ ނިމުން ހުރީ ކޮންފަދައަކުންކަން ނިކަން ދެކިބަލާށެވެ!

Verse 41

وَجَعَلْنَـٰهُمْ أَئِمَّةً يَدْعُونَ إِلَى ٱلنَّارِ ۖ وَيَوْمَ ٱلْقِيَـٰمَةِ لَا يُنصَرُونَ

Transliteration wajaʿalnāhum a-immatan yadʿūna ilā l-nāri wayawma l-qiyāmati lā yunṣarūna

Dhivehi އަދި (ކާފަރުކަމުގެ ބޮޑެތި) إمام ންކަމުގައި ތިމަންރަސްކަލާނގެ އެމީހުން ލެއްވީމެވެ. އެމީހުން މީސްތަކުންނަށް ނަރަކައިގެ أهل ވެރިންގެ عمل ކުރުމަށް ގޮވައެވެ. އަދި قيامة ދުވަހުން އެމީހުންނަށް نصر ނުލިބެވޭނެއެވެ.

Verse 42

وَأَتْبَعْنَـٰهُمْ فِى هَـٰذِهِ ٱلدُّنْيَا لَعْنَةً ۖ وَيَوْمَ ٱلْقِيَـٰمَةِ هُم مِّنَ ٱلْمَقْبُوحِينَ

Transliteration wa-atbaʿnāhum fī hādhihi l-dun'yā laʿnatan wayawma l-qiyāmati hum mina l-maqbūḥīna

Dhivehi މިދުނިޔޭގައި ތިމަންރަސްކަލާނގެ އެމީހުންނަށް لَعْنَة تَبَع ކުރީމެވެ. (އެބަހީ: އެމީހުންގެ ވާހަކަދައްކާ ކޮންމެ މީހަކު އެމީހުންނަށް لعنة ދޭނެއެވެ. / ނުވަތަ ތިމަންރަސްކަލާނގެ އެމީހުން ހުރިހާ ހެޔޮކަމަކުން ދުރުކުރެއްވީމެވެ.) އަދި قيامة ދުވަހުން ކަނޑައެޅިގެން އެމީހުންވާހުށީ ހުތުރުވެގެންވާ މީހުންގެތެރެއިންނެވެ. ނުވަތަ ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.

Verse 43

وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ مِنۢ بَعْدِ مَآ أَهْلَكْنَا ٱلْقُرُونَ ٱلْأُولَىٰ بَصَآئِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ

Transliteration walaqad ātaynā mūsā l-kitāba min baʿdi mā ahlaknā l-qurūna l-ūlā baṣāira lilnnāsi wahudan waraḥmatan laʿallahum yatadhakkarūna

Dhivehi އަދި އިސްވެދިޔަ أُمَّة ތައް ހަލާކުކުރެއްވުމަށްފަހު ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى عليه السّلام އަށް ފޮތްދެއްވީމެވެ. އެއީ توراة އެވެ. (ދަންނައެވެ. ކިތަންމެ تفسير ފޮތެއްގައި ލިޔެވިގެންވެއެވެ. موسى عليه السّلام އަށް توراة ބާވައިލެއްވުމަށްފަހު ރާމާމަކުނަށް ބަދަލުވީ މީހުން އުޅުނު ރަށް މެނުވީ ﷲ ހަލާކު ނުކުރައްވައެވެ. ހަލާކު ކުރެއްވީ އޭގެ ކުރީގެ أمّة ތަކެވެ. والله أعلم. = تفسير قرطبى އިން = ) ދެންފަހެ موسى عليه السّلام އަށް އެފޮތް ބާވައިލެއްވީ އެމީހުންނަށްވާ އަލިކަމެއްގެގޮތުންނެވެ. ނުވަތަ އެމީހުން ބަލާ ވިސްނާހެދުމަށެވެ. އަދި ތެދުމަގަކާއި رحمة އެއްގެގޮތުންނެވެ. އެއީ އެމީހުން ﷲ ގެ نعمة ހަނދާންކޮށް شكر ކުރުމުގެ أمّيد ގައެވެ.

Verse 44

وَمَا كُنتَ بِجَانِبِ ٱلْغَرْبِىِّ إِذْ قَضَيْنَآ إِلَىٰ مُوسَى ٱلْأَمْرَ وَمَا كُنتَ مِنَ ٱلشَّـٰهِدِينَ

Transliteration wamā kunta bijānibi l-gharbiyi idh qaḍaynā ilā mūsā l-amra wamā kunta mina l-shāhidīna

Dhivehi (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ موسى عليه السّلام އަށް أمر އާއި نهى ގެ ކަންތައްތައް فرض ކޮށްދެއްވިހިނދު ނުވަތަ އެކަލޭގެފާނަށް އެކަމުގެ تَكْلِيفُ ޖެއްސެވިހިނދު ހުޅަނގުފަރާތު ފަރުބަދައިގެ ކައިރީގައި ކަލޭގެފާނު ނުވަމުއެވެ. އަދި އެތަނަށް حاضر ވީމީހުންގެތެރޭގައި ކަލޭގެފާނު ނުވަމުއެވެ.

Verse 45

وَلَـٰكِنَّآ أَنشَأْنَا قُرُونًا فَتَطَاوَلَ عَلَيْهِمُ ٱلْعُمُرُ ۚ وَمَا كُنتَ ثَاوِيًا فِىٓ أَهْلِ مَدْيَنَ تَتْلُوا۟ عَلَيْهِمْ ءَايَـٰتِنَا وَلَـٰكِنَّا كُنَّا مُرْسِلِينَ

Transliteration walākinnā anshanā qurūnan fataṭāwala ʿalayhimu l-ʿumuru wamā kunta thāwiyan fī ahli madyana tatlū ʿalayhim āyātinā walākinnā kunnā mur'silīna

Dhivehi އަދި އެހެނެއްކަމަކު (އޭގެ ފަހުގައި) ތިމަންރަސްކަލާނގެ أمّة ތަކެއް ހެއްދެވީމެވެ. ދެންފަހެ އެމީހުންގެ މައްޗަށް މުއްދަތު ދިގުވެ عمر ދިގުވީއެވެ. އަދި އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާކަށް ކަލޭގެފާނު مَدْيَنُ ގެ أهل ވެރިންގެގާތުގައި قَائم ވެވަޑައިގެން ނުހުންނަވަމުއެވެ. އެހެނެއްކަމަކު ތިމަންރަސްކަލާނގެ ވޮޑިގެންވީ رسولބޭކަލުން ފޮނުއްވާ ކަލަކުކަމުގައެވެ.

Verse 46

وَمَا كُنتَ بِجَانِبِ ٱلطُّورِ إِذْ نَادَيْنَا وَلَـٰكِن رَّحْمَةً مِّن رَّبِّكَ لِتُنذِرَ قَوْمًا مَّآ أَتَىٰهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَتَذَكَّرُونَ

Transliteration wamā kunta bijānibi l-ṭūri idh nādaynā walākin raḥmatan min rabbika litundhira qawman mā atāhum min nadhīrin min qablika laʿallahum yatadhakkarūna

Dhivehi އަދި ތިމަންރަސްކަލާނގެ (موسى عليه السّلام އަށް) ނިދާއިއްވެވިހިނދު ކަލޭގެފާނު طور ފަރުބަދައިގެ ކައިރީގައި ނުވަމުއެވެ. އެހެނެއްކަމަކު އެހެންހެއްދެވީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްގެ ގޮތުންނެވެ. އެއީ ކަލޭގެފާނުންގެ ކުރީން އެބައެއްގެގާތަށް އެއްވެސް نَذِير އަކު ފޮނުވިގެން ނުވާ ބަޔަކަށް (مكّة أهل ވެރިންނަށް) إنذار ކުރެއްވުމަށްޓަކައެވެ. އެއީ އެމީހުން އެތިބަ ނުބައި ގޮތްތައް ހަނދާންކޮށް توبة ވޭތޯއެވެ. • ދަންނައެވެ. ﷲ تعالى موسى عليه السّلام އަށް محمّد ގެފާނުންގެ أمّة ގެމީހުންގެ މާތްކަމުގެ ވާހަކަ وحي ކުރެއްވީމާ موسى عليه السّلام އެމީހުން ދުށުމަށް އެދިވަޑައިގެންނެވިއެވެ. އެވަގުތު ﷲ އެންގެވީ އެމީހުން އަދި ނުފެންނާނެކަމަށެވެ. އެކަމަކު އެމީހުންގެ އަޑުއިއްވަވާފާނެކަމަށެވެ. ދެން އެވަގުތު محمّد ގެފާނުންގެ أمّة ގެމީހުންނަށް ﷲ ނިދާއިއްވެވުމުން (ގޮވައިލެއްވުމުން) ބަފައިންގެ ބުރަކަށިތަކުގައި ތިބެފައި އެބަސްފުޅަށް ޖަވާބުދެއްވިކަމުގައިވެއެވެ. موسى عليه السّلام އަށް އިއްވެވިކަމުގައި ވެއެވެ. އަދި އެމީހުންނާ مخاطب ކުރައްވައި ކިތަންމެ ބަސްފުޅުތަކެއް އެވަގުތު وحي ކުރެއްވިކަމުގައިވެއެވެ. والله أعلم އިސްވެދިޔަ އާޔަތުން إشارة ވަނީ އެ واقعة އަށް ކަމުގައިވެއެވެ. = تفسير طبري - تفسير قرطبى =

Verse 47

وَلَوْلَآ أَن تُصِيبَهُم مُّصِيبَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ ءَايَـٰتِكَ وَنَكُونَ مِنَ ٱلْمُؤْمِنِينَ

Transliteration walawlā an tuṣībahum muṣībatun bimā qaddamat aydīhim fayaqūlū rabbanā lawlā arsalta ilaynā rasūlan fanattabiʿa āyātika wanakūna mina l-mu'minīna

Dhivehi އަދި އެމީހުންގެ އަތްތަކުން ކުރިކަންތަކުގެ ސަބަބުން (އެމީހުންކުރި ފާފައިގެ ސަބަބުން) އެމީހުންނަށް مصيبة އެއް ނުޖެހުނީ ކީއްވެގެންބާވައެވެ؟ (مصيبة އެއް ޖެހުނުނަމަ އެމީހުން) މިފަދައިން ބުނީހެވެ. އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެގާތަށް އިބަރަސްކަލާނގެ رسول ބޭކަލަކު ފޮނުއްވެވިނަމައެވެ. އޭރުން އަޅަމެން އިބަރަސްކަލާނގެ އާޔަތްތަކާއި تبع ވީހެވެ. އަޅަމެން ތެދުކުރާ މީހުންކަމުގައި (مؤمن ންކަމުގައި) ވީހެވެ.

Verse 48

فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوا۟ لَوْلَآ أُوتِىَ مِثْلَ مَآ أُوتِىَ مُوسَىٰٓ ۚ أَوَلَمْ يَكْفُرُوا۟ بِمَآ أُوتِىَ مُوسَىٰ مِن قَبْلُ ۖ قَالُوا۟ سِحْرَانِ تَظَـٰهَرَا وَقَالُوٓا۟ إِنَّا بِكُلٍّ كَـٰفِرُونَ

Transliteration falammā jāahumu l-ḥaqu min ʿindinā qālū lawlā ūtiya mith'la mā ūtiya mūsā awalam yakfurū bimā ūtiya mūsā min qablu qālū siḥ'rāni taẓāharā waqālū innā bikullin kāfirūna

Dhivehi ދެންފަހެ ތިމަންރަސްކަލާނގެ حضرة ން އެމީހުންގެގާތަށް حقّ އައިހިނދުން (محمّد ﷺ ރަސޫލުކަމާއިގެން ވަޑައިގެންނެވުމުން އެމީހުން ހެދީ އިދިކޮޅެވެ.) އެމީހުން ބުނީ موسى عليه السّلام އަށް ދެއްވުނުފަދަ އެއްޗެއް - އެފަދަފޮތެއް - މި رسول އަށް ނުދެއްވުނީ ކީއްވެގެންބާވައެވެ؟ ނުވަތަ އެފަދަ ފޮތެއް މިކަލޭގެފާނަށްވެސް ދެއްވޭނެނަމައެވެ. (އޭގެ جواب ގައި ﷲ وحي ކުރައްވަނީ) އެމީހުން ފަހެ موسى عليه السّلام އަށް ބާވައިލެއްވުނު ތަކެއްޗަށް ކާފަރުނުވޭހެއްޔެވެ؟ އަދި އެމީހުން ބުނީ އެއީ ފައުޅުވެގެންވާ ދެ سحر ކަމުގައެވެ. (އެބަހީ: توراة އާއި قرآن އަކީ ދެ سحر ކަމުގައެވެ.) ނުވަތަ موسى عليه السّلام އާއި محمّد ﷺ އާއި ދެބޭކަލުންނަކީ ދެ سحر ވެރިންކަމުގައެވެ. އަދި އެމީހުން ބުނީ އަހުރެމެން މިވަނީ އެހުރިހާ އެއްޗަކަށް ކާފަރުވެގެންނެވެ. • ދަންނައެވެ. މިއާޔަތުގެ تفسير ގައި علم ވެރިން ގޮތްގޮތަށް ކިޔާފައިވެއެވެ. މިތާ ލިޔެވިފައި ވަނީ އެތަނުން އެއްގޮތެވެ. قِرَاة ތަފާތުވުމުގެ ސަބަބުންވެސް إختلاف ވާން ދިމާވީއެވެ. والله أعلم بالصّواب.

Verse 49

قُلْ فَأْتُوا۟ بِكِتَـٰبٍ مِّنْ عِندِ ٱللَّهِ هُوَ أَهْدَىٰ مِنْهُمَآ أَتَّبِعْهُ إِن كُنتُمْ صَـٰدِقِينَ

Transliteration qul fatū bikitābin min ʿindi l-lahi huwa ahdā min'humā attabiʿ'hu in kuntum ṣādiqīna

Dhivehi (އޭ محمّد ﷺ އެވެ!) ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! އެދެފޮތަށްވުރެ ތެދުމަގުގެ ގޮތުން މޮޅުފޮތެއް ﷲ ގެ حضرة ކަލޭމެން ނިކަން ގެނަސްބަލާށެވެ. އެފޮތަށް ތިމަންކަލޭގެފާނު تبع ވުމަށެވެ. ކަލޭމެން ތިޔަބުނީ ތެދެއްކަމުގައިވަންޏާ ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން މިކަން ކޮށްބަލާށެވެ!

Verse 50

فَإِن لَّمْ يَسْتَجِيبُوا۟ لَكَ فَٱعْلَمْ أَنَّمَا يَتَّبِعُونَ أَهْوَآءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيْرِ هُدًى مِّنَ ٱللَّهِ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ

Transliteration fa-in lam yastajībū laka fa-iʿ'lam annamā yattabiʿūna ahwāahum waman aḍallu mimmani ittabaʿa hawāhu bighayri hudan mina l-lahi inna l-laha lā yahdī l-qawma l-ẓālimīna

Dhivehi ފަހެ އެމީހުން ކަލޭގެފާނަށް إجابة ނުދީފިއްޔާ ކަލޭގެފާނު ރަނގަޅަށް ދެނެވަޑައިގަންނަވާށެވެ. އެމީހުން އެ تبع ވަނީ ހަމަކަށަވަރުންވެސް އެމީހުންގެ هوى نفس އާއިއެވެ. އަމިއްލަ އެދުމާއިއެވެ. އަދި ﷲ ގެ حضرة ންވާ ތެދުމަގަކާއި ނުލައި ތިމާގެ އަމިއްލަ އެދުމަށް (ތިމާގެ هوى نفس އަށް) تبع ވާ މީހަކަށްވުރެ ވަކިންބޮޑަށް މަގުފުރެދިފައިވާ މީހަކީ ފަހެ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑަށް މަގުފުރެދިފައިވާ މީހަކު ނުވެއެވެ.)

Verse 51

۞ وَلَقَدْ وَصَّلْنَا لَهُمُ ٱلْقَوْلَ لَعَلَّهُمْ يَتَذَكَّرُونَ

Transliteration walaqad waṣṣalnā lahumu l-qawla laʿallahum yatadhakkarūna

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށް (يعني: قريش ންނަށާއި އަދި بني إسرائيل ންނަށް) ބަސް تفصيل ކޮށްދެއްވައި بيان ކޮށްދެއްވައިފީމެވެ. (އެބަހީ: އިސްވެދިޔަ أمّة ތަކުގެ خبر ތަކާއި ވާހަކަތައް އަދި އެމީހުންނަށް ދިމާވި ކަންތައްތައް ތިމަންރަސްކަލާނގެ تفصيل ކޮށް އެބައިމީހުންނަށް بيان ކޮށްދެއްވައިފީމެވެ. އެއީ رسول ﷲ ﷺ އާއި ބެހޭ خبر ތައް އެމީހުން ހަނދާންކޮށް އެއިން عبرة އެއް حاصل ކުރޭތޯއެވެ.

Verse 52

ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ مِن قَبْلِهِۦ هُم بِهِۦ يُؤْمِنُونَ

Transliteration alladhīna ātaynāhumu l-kitāba min qablihi hum bihi yu'minūna

Dhivehi އަދި މިކީރިތި قرآن ގެ ކުރީން އެމީހުންނަށް ފޮތްދެވުނުމީހުން މި قرآن އަށް إيمان ވެއެވެ. (އެބަހީ: އެމީހުންގެ ތެރެއިން ބައެއްމީހުން) قرآن ތެދުކުރެއެވެ.

Verse 53

وَإِذَا يُتْلَىٰ عَلَيْهِمْ قَالُوٓا۟ ءَامَنَّا بِهِۦٓ إِنَّهُ ٱلْحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبْلِهِۦ مُسْلِمِينَ

Transliteration wa-idhā yut'lā ʿalayhim qālū āmannā bihi innahu l-ḥaqu min rabbinā innā kunnā min qablihi mus'limīna

Dhivehi އަދި އެމީހުންގެ މައްޗަށް މި قرآن ކިޔެވިއްޖެއްޔާ އެމީހުން ބުނެއެވެ. ހަމަކަށަވަރުން އަހުރެމެން އެފޮތަށް إيمان ވެއްޖައީމެވެ. އެފޮތް ތެދުކޮށްފީމެވެ. ހަމަކަށަވަރުން އެއީ އަހުރެމެންގެ ربّ ގެ حضرة ން އައިސްފައިވާ حقّ އެވެ. ހަމަކަށަވަރުން އަހުރެމެން ވަނީ އޭގެކުރީގައިވެސް - އެބަހީ: އެ قرآن ބާވައިލެއްވުމުގެ ކުރީގައިވެސް - އެފޮތަށް إيمان ވެ ބޯލަނބައިގެންނެވެ. ކިޔަމަންވެގެންނެވެ.

Verse 54

أُو۟لَـٰٓئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا۟ وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ

Transliteration ulāika yu'tawna ajrahum marratayni bimā ṣabarū wayadraūna bil-ḥasanati l-sayi-ata wamimmā razaqnāhum yunfiqūna

Dhivehi އެމީހުން ދަންނައެވެ. އެމީހުން ކެތްތެރިވިކަމަށްޓަކައި އެކަމުގެ ސަބަބުން އެމީހުންނަށް ދެފަހަރަށް ދަރުމަ ދެއްވޭނެއެވެ. (އެއީ އެމީހުން ކުރީފޮތަށް إيمان ވީކަމަށްޓަކައްޔާއި އަދި محمّد ﷺ އަށް إيمان ވީ ކަމަށްޓަކައެވެ. - ނުވަތަ އެމީހުން محمّد ﷺ ފޮނުއްވުމުގެ ކުރިންވެސް އެކަލޭގެފާނަށް إيمان ވީކަމަށްޓަކައާއި އެކަލޭގެފާނު ފޮނުއްވުމުންވެސް إيمان ވީކަމަށްޓަކައެވެ.) އަދި އެމީހުން ހެޔޮކަންތަކުން ނުބައިކަންތައް دفاع ކުރެއެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ރިޒުގުން އެމީހުން ހޭދަކުރެއެވެ. (ﷲ ގެ ކިޔަމަނުގައި އެކަލާނގެ މަގުގައި ހޭދަކުރެއެވެ.)

Verse 55

وَإِذَا سَمِعُوا۟ ٱللَّغْوَ أَعْرَضُوا۟ عَنْهُ وَقَالُوا۟ لَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ سَلَـٰمٌ عَلَيْكُمْ لَا نَبْتَغِى ٱلْجَـٰهِلِينَ

Transliteration wa-idhā samiʿū l-laghwa aʿraḍū ʿanhu waqālū lanā aʿmālunā walakum aʿmālukum salāmun ʿalaykum lā nabtaghī l-jāhilīna

Dhivehi އަދި އެމީހުން بَاطِل އަދި ބޭކާރު ވާހަކަ އަހައިފިއްޔާ އެމީހުން އެވާހަކައިން ދުރުވެ ފުރަގަސްދެއެވެ. އަދި އެމީހުން ބުނެއެވެ. އަހުރެމެންނަށް އަހުރެމެންގެ عمل އެވެ. އަދި ކަލޭމެންނަށް ކަލޭމެންގެ عمل އެވެ. ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. އަދި جَاهل ންނާއި جَدل ކޮށް އެއްޗެތި ކިޔާކަށް އަހުރެމެން ނޭދެމެވެ.

Verse 56

إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ

Transliteration innaka lā tahdī man aḥbabta walākinna l-laha yahdī man yashāu wahuwa aʿlamu bil-muh'tadīna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ލޯބިފުޅުވާ މީހަކަށް ތެދުމަގު ދެއްކެވުން ކަލޭގެފާނަކަށް ނުވެއެވެ. އަދި އެހެންނަމަވެސް ﷲ އެދިވޮޑިގަންނަވާ ފަރާތަކަށް އެކަލާނގެ ތެދުމަގު ދައްކަވައެވެ. އަދި ތެދުމަގު ލިބިގަންނާނޭ ބަޔަކު އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވުނީ أبوطالب އާއިމެދުގައިކަމަށް ރިވާވެގެންވެއެވެ. أبوطالب މަރަށް حاضر ވީވަގުތު އެތަނަށް رسول ﷲ ﷺ ވަޑައިގެން އެކަލޭގެފާނު ލޯބިފުޅުވާ ބޮޑުބޭބެ أبوطالب އަށް هِدَايَة ދެއްކެވޭތޯ ވަރަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް أبوطالب އެ كلمة ފުޅު ނުކިއެވެ. صَحَّ ގޮތުގައި ރިވާވެގެންވަނީ އެކަލޭގެފާނު މަރުވީ عبد المطلّب ގެ دين މަތީގައެވެ. إسلام دين ގެ މަތީގައެއްނޫނެވެ. އެކަމާގުޅޭގޮތުން މިއާޔަތް ބާވައިލެއްވި ކަމުގައިވެއެވެ. والله أعلم.

Verse 57

وَقَالُوٓا۟ إِن نَّتَّبِعِ ٱلْهُدَىٰ مَعَكَ نُتَخَطَّفْ مِنْ أَرْضِنَآ ۚ أَوَلَمْ نُمَكِّن لَّهُمْ حَرَمًا ءَامِنًا يُجْبَىٰٓ إِلَيْهِ ثَمَرَٰتُ كُلِّ شَىْءٍ رِّزْقًا مِّن لَّدُنَّا وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

Transliteration waqālū in nattabiʿi l-hudā maʿaka nutakhaṭṭaf min arḍinā awalam numakkin lahum ḥaraman āminan yuj'bā ilayhi thamarātu kulli shayin riz'qan min ladunnā walākinna aktharahum lā yaʿlamūna

Dhivehi އަދި އެމީހުން ބުންޏެވެ. އެބަހީ: مكّة ގެ مشرك ން ބުންޏެވެ. އަހުރެމެން ކަލޭގެފާނާއިއެކު ތެދުމަގާއި حقّ دين އާއި تبع ވެއްޖެއްޔާއި (އެކިފަރާތްފަރާތުން މީހުން އައިސް) އަހުރެމެން ޖަހައިގަނެގެން ގެންގޮސްފާނެއެވެ. (އޭގެ جواب ގައި ﷲ އެ އަންގަވަނީ) އެމީހުންނަށް ފަހެ ތިމަންރަސްކަލާނގެ އަމާން حرم ފުޅެއް ދެއްވާ ހަމަޖައްސަވާފައި ނުވޭހެއްޔެވެ؟ ތިމަންރަސްކަލާނގެ حضرة ން ދެއްވާ ރިޒުގެއްގެގޮތުން އެތަނަށް ހުރިހާ ތަންތަނެއްގެ މޭވާ (ކާބޯތަކެތި) ޖަމާކުރެއެވެ. އަދި އެކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ. (ތިމަންރަސްކަލާނގެ އެކަންކަން އެހެން ލައްވާފައިވާކަން ނޭނގޭބާވައެވެ؟)

Verse 58

وَكَمْ أَهْلَكْنَا مِن قَرْيَةٍۭ بَطِرَتْ مَعِيشَتَهَا ۖ فَتِلْكَ مَسَـٰكِنُهُمْ لَمْ تُسْكَن مِّنۢ بَعْدِهِمْ إِلَّا قَلِيلًا ۖ وَكُنَّا نَحْنُ ٱلْوَٰرِثِينَ

Transliteration wakam ahlaknā min qaryatin baṭirat maʿīshatahā fatil'ka masākinuhum lam tus'kan min baʿdihim illā qalīlan wakunnā naḥnu l-wārithīna

Dhivehi އަދި އެރަށްރަށުގެ ދިރިއުޅުންކާފަރުވެ އެބަހީ އެރަށްރަށުގެ މީހުން نعمة އަށް ކާފަރުވެ شكر ނުކުރުމުގެ ސަބަބުން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައް ރަށްހެއްޔެވެ؟ ވަރަށްގިނަ ރަށް ހަލާކުކުރެއްވީމެވެ. އެމީސްމީހުން ދިރިއުޅުނު ތަންތަން އެހުރީއެވެ. (ވީރާނާވެގޮސްފައެވެ.) އެމީހުންނަށްފަހު އެތަންތާ ދާދިމަދުންމެނުވީ ދިރިނުއުޅެއެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވޮޑިގެންވަނީ ވާރުތަކުރައްވާ ކަލަކުކަމުގައެވެ.

Verse 59

وَمَا كَانَ رَبُّكَ مُهْلِكَ ٱلْقُرَىٰ حَتَّىٰ يَبْعَثَ فِىٓ أُمِّهَا رَسُولًا يَتْلُوا۟ عَلَيْهِمْ ءَايَـٰتِنَا ۚ وَمَا كُنَّا مُهْلِكِى ٱلْقُرَىٰٓ إِلَّا وَأَهْلُهَا ظَـٰلِمُونَ

Transliteration wamā kāna rabbuka muh'lika l-qurā ḥattā yabʿatha fī ummihā rasūlan yatlū ʿalayhim āyātinā wamā kunnā muh'likī l-qurā illā wa-ahluhā ẓālimūna

Dhivehi (އޭ رسول ﷲ އެވެ!) އަދި ރަށްތަކުގެ މަންމަކަމުގައިވާ (ނުވަތަ އެންމެ عزّة ތެރި ރަށްކަމުގައިވާ) ރަށަށް يعني: مكّة އަށް رسول ބޭކަލަކު ފޮނުއްވައިފުމަށްދާންދެން އެރަށުގެ ވަށަވަށައިގެންވާ ރަށްތައް ހަލާކުކުރައްވާނޭ ކަލަކުކަމުގައި ކަލޭގެފާނުންގެ ربّ ނުވެއެވެ. އަދި އެރަސޫލުބޭކަލަކު އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާނެ އަދި އެއްވެސް ރަށެއް އެރަށެއްގެ أهل ވެރިން އަނިޔާވެރިވެގެންވާ حال ގައިމެނުވީ ހަލާކު ކުރައްވާނޭ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެން ނުވަމެވެ.

Verse 60

وَمَآ أُوتِيتُم مِّن شَىْءٍ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا وَزِينَتُهَا ۚ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰٓ ۚ أَفَلَا تَعْقِلُونَ

Transliteration wamā ūtītum min shayin famatāʿu l-ḥayati l-dun'yā wazīnatuhā wamā ʿinda l-lahi khayrun wa-abqā afalā taʿqilūna

Dhivehi އަދި ތަކެތީގެތެރެއިން يعني: މުދަލާއި ދަރިންގެތެރެއިން - ތިޔަބައިމީހުންނަށް ދެވިފައިވާނަމަ ވާކޮންމެ އެއްޗަކީ ދުނިޔޭގެ حياة ގައި ބޭނުންކޮށް މަޖާކޮށްލުމަށާއި އެތާނގެ ޒީނަތުގެގޮތުން ދެވިފައިވާ ތަކެއްޗެވެ. އަދި ﷲ ގެ حضرة ގައިވާތަކެތި (ثواب އާ ސުވަރުގެ) ހެޔޮވެފައި ދެމިހުރުން ބޮޑެވެ. ތިޔަބައިމީހުންނަށް ފަހެ އެއްޗެއް ނުވިސްނެނީހެއްޔެވެ؟

Verse 61

أَفَمَن وَعَدْنَـٰهُ وَعْدًا حَسَنًا فَهُوَ لَـٰقِيهِ كَمَن مَّتَّعْنَـٰهُ مَتَـٰعَ ٱلْحَيَوٰةِ ٱلدُّنْيَا ثُمَّ هُوَ يَوْمَ ٱلْقِيَـٰمَةِ مِنَ ٱلْمُحْضَرِينَ

Transliteration afaman waʿadnāhu waʿdan ḥasanan fahuwa lāqīhi kaman mattaʿnāhu matāʿa l-ḥayati l-dun'yā thumma huwa yawma l-qiyāmati mina l-muḥ'ḍarīna

Dhivehi އަޅެފަހެ ތިމަންރަސްކަލާނގެ އެމީހަކަށް ރަނގަޅު ހެޔޮ وعد އެއްކޮށް އަދި އެ وعد ކުރި ކަންތައް އެބަހީ: ސުވަރުގެ އެމީހަކަށް ލިބޭނެމީހާއާއި ދުނިޔޭގެ حياة ގައި ބޭނުންކޮށް ފައިދާ އުފުލާނެ މިންވަރެއްދެއްވި މީހާއާއި ދެމީހުން އެއްފަދަ ވާނޭ ހެއްޔެވެ؟ ނުވާނޭކަން ކަށަވަރެވެ. އަދި އެމީހާ يعني: ފަހުން މިބުނިމީހާ قيامة ދުވަހުންވާހުށީ އަލިފާނަށް حاضر ކުރެވޭނޭ މީހުންގެ ތެރެއިންނެވެ.

Verse 62

وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ

Transliteration wayawma yunādīhim fayaqūlu ayna shurakāiya alladhīna kuntum tazʿumūna

Dhivehi އަދި އެކަލާނގެ އެމީހުންނަށް يعني: مشرك ންނަށް ނިދާއިއްވަވާދުވަހުން يعني قيَامَة ދުވަހުން އެމީހުންނަށް وحي ކުރައްވާނެއެވެ. ކަލޭމެން (ދުނިޔޭގައިއުޅުނުއިރު) شريك ންކަމުގައި ހީކޮށްގެންއުޅުނު شريك ންތައް ފަހެ ކޮބައިހެއްޔެވެ؟

Verse 63

قَالَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ رَبَّنَا هَـٰٓؤُلَآءِ ٱلَّذِينَ أَغْوَيْنَآ أَغْوَيْنَـٰهُمْ كَمَا غَوَيْنَا ۖ تَبَرَّأْنَآ إِلَيْكَ ۖ مَا كَانُوٓا۟ إِيَّانَا يَعْبُدُونَ

Transliteration qāla alladhīna ḥaqqa ʿalayhimu l-qawlu rabbanā hāulāi alladhīna aghwaynā aghwaynāhum kamā ghawaynā tabarranā ilayka mā kānū iyyānā yaʿbudūna

Dhivehi އަދި އެމީހުންގެމައްޗަށް ކޯފާގެ ބަސްފުޅު حقّ ވީމީހުން ދަންނަވާނެއެވެ. އޭއަޅަމެންގެ ربّ އެވެ. އަޅަމެން މަގުފުރެއްދިމީހުން މިތިބީއެވެ. (އެމީހުން ބުނާނެއެވެ.) އަޅަމެން މަގުފުރެދުނުފަދައިން އަޅަމެން އެމީހުން މަގުފުރައްދައިލީއެވެ. އިބަރަސްކަލާނގެ حضرة އަށް އަޅަމެން އެމީހުންގެ ކިބައިން ބަރީއަވެއްޖައީމެވެ. އަދި އެމީހުން ކަނޑައެޅިގެން އަޅަމެންނަށް އަޅުކަން ނުކުރެއެވެ.

Verse 64

وَقِيلَ ٱدْعُوا۟ شُرَكَآءَكُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَرَأَوُا۟ ٱلْعَذَابَ ۚ لَوْ أَنَّهُمْ كَانُوا۟ يَهْتَدُونَ

Transliteration waqīla id'ʿū shurakāakum fadaʿawhum falam yastajībū lahum wara-awū l-ʿadhāba law annahum kānū yahtadūna

Dhivehi އަދި (އެދުވަހުން) އެމީހުންނަށް ނިދާ އިއްވެވޭނެއެވެ. ބުނެވޭނެއެވެ. ﷲ އާއި شريك ކުރި ކަލޭމެންގެ شريك ންތަކަށް ކަލޭމެން ގޮވާށެވެ. ދެންފަހެ އެމީހުން އެތަކެއްޗަށް ގޮވާނެއެވެ. އަދި އެތަކެތި އެމީހުންނަށް އިޖާބަ ނުދޭނެއެވެ. އަދި އެބައިމީހުން عذاب ދެކޭނެއެވެ. އެހިނދު އެމީހުންވެސް ދުނިޔޭގައިތިބިއިރު ތެދުމަގުގައިވީނަމަ ރަނގަޅޭ ހިތަށްއަރާނެއެވެ. އެކަމަށް ލޯބިކުރާނެއެވެ. އެކަމަކު ދެން އޭރުންކުރާނީ ނަމައިގެ ކޮންފައިދާހެއްޔެވެ؟

Verse 65

وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَآ أَجَبْتُمُ ٱلْمُرْسَلِينَ

Transliteration wayawma yunādīhim fayaqūlu mādhā ajabtumu l-mur'salīna

Dhivehi އަދި އެކަލާނގެ އެމީހުނަށް يعني: مشرك ންނަށް - ނިދާއިއްވަވާ ދުވަހުން - ފަހެ އެކަލާނގެ އެމީހުނަށް وحي ކުރައްވާނެއެވެ. ކަލޭމެން رسول ބޭކަލުންނަށް ދިނީ ކޮންޖަވާބެއްހެއްޔެވެ. ކީކޭހެއްޔެވެ؟

Verse 66

فَعَمِيَتْ عَلَيْهِمُ ٱلْأَنۢبَآءُ يَوْمَئِذٍ فَهُمْ لَا يَتَسَآءَلُونَ

Transliteration faʿamiyat ʿalayhimu l-anbāu yawma-idhin fahum lā yatasāalūna

Dhivehi ފަހެ އެމީހުންގެމައްޗަށް خبر ތައް އަނދިރިވެދާނެއެވެ. (އެބަހީ: ދައްކާނެ حجّة އެއްނެތި دليل އެއް ނެތި މުޅިން އެމީހުންބެދިދާނެއެވެ. އަދި އެމީހުން އެއްބަޔަކު އަނެއްބަޔަކާއި ސުވާލު ނުކުރާނެއެވެ. ނަސަބާއި ގާތްކަމުގެގޮތުންވެސް ސުވާލު ނުކުރާނެއެވެ.

Verse 67

فَأَمَّا مَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًا فَعَسَىٰٓ أَن يَكُونَ مِنَ ٱلْمُفْلِحِينَ

Transliteration fa-ammā man tāba waāmana waʿamila ṣāliḥan faʿasā an yakūna mina l-muf'liḥīna

Dhivehi ފަހެ توبة ވެގެން صالح عمل ކުރިމީހުން ދަންނައެވެ. އެމީހުންނަކީ ކާމިޔާބުވެ ނަސީބުލިބޭނޭ މީހުންގެތެރެއިން ވާނޭ މީހުންނެވެ.

Verse 68

وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ ۚ سُبْحَـٰنَ ٱللَّهِ وَتَعَـٰلَىٰ عَمَّا يُشْرِكُونَ

Transliteration warabbuka yakhluqu mā yashāu wayakhtāru mā kāna lahumu l-khiyaratu sub'ḥāna l-lahi wataʿālā ʿammā yush'rikūna

Dhivehi އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ربّ އެދިވޮޑިގަންނަވާ އެއްޗެއް ހައްދަވައެވެ. އަދި އެދިވޮޑިގެންނެވި މީހަކު (ތެދުމަގާއި إيمان ކަމަށާއި އަދި صَالح عمل ކުރުމަށް) إختيار ކުރައްވައި خاصّ ކުރައްވައެވެ. އަދި އެމީހުންނަށް (އެބަހީ: مشرك ންނަށް - އެމީހުން ބޭނުންމީހަކު رسول ކަމަށާއި نبي ކަމަށް) إختيار ކުރުމެއް ނުވެއެވެ. އަދި އެމީހުން އެ شرك ކުރާ ކަންތައް ފިޔަވައި ﷲ ހުސް طاهر ވެ އަދި މަތިވެރިވެވޮޑިގެންވެއެވެ.

Verse 69

وَرَبُّكَ يَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ

Transliteration warabbuka yaʿlamu mā tukinnu ṣudūruhum wamā yuʿ'linūna

Dhivehi އަދި ކަލޭގެފާނުންގެ رَبّ އެމީހުންގެ ހިތްތަކުގައި ފޮރުވި ވަންހަނާވެގެންވާ ތަކެއްޗާއި އަދި އެމީހުން ފައުޅުކުރާ ތަކެތިވެސް ދެނެވޮޑިގެންވެއެވެ.

Verse 70

وَهُوَ ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۖ لَهُ ٱلْحَمْدُ فِى ٱلْأُولَىٰ وَٱلْـَٔاخِرَةِ ۖ وَلَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ

Transliteration wahuwa l-lahu lā ilāha illā huwa lahu l-ḥamdu fī l-ūlā wal-ākhirati walahu l-ḥuk'mu wa-ilayhi tur'jaʿūna

Dhivehi އަދި އެކަލާނގެއީ އެކަލާނގެ މެނުވީ އަޅުކަންވެވުން حقّ ވެގެންވާ އެހެން އެއްވެސް إله އަކުނުވާ ﷲ އެވެ. ދުނިޔެއާއި آخرة ގައިވެސް އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި (އެކަލާނގެ خلق ތަކުންގެ މެދުގައި) حكم ކުރައްވައި ނިޔާކުރެއްވުން خاصّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.

Verse 71

قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلَّيْلَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِضِيَآءٍ ۖ أَفَلَا تَسْمَعُونَ

Transliteration qul ara-aytum in jaʿala l-lahu ʿalaykumu al-layla sarmadan ilā yawmi l-qiyāmati man ilāhun ghayru l-lahi yatīkum biḍiyāin afalā tasmaʿūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަށް އެކީއެކަށްޗަކަށް دائمى ގޮތެއްގައި قيامة ދުވަހާއި ހަމައަށްދާންދެންވެސް ﷲ تعالى ރޭގަނޑު ލައްވައިފިއްޔާ ދެން ކަލޭމެނަށް އަލިކަމެއް ގެނަސްދޭނީ ﷲ ނޫން ދެން ކޮން إله އެއްހެއްޔެވެ؟ ކަލޭމެން ފަހެ (އެއްޗެއްވިސްނާ فكر ކުރާފަދަ ގޮތަކަށް) ނުއަހާނޭހެއްޔެވެ؟

Verse 72

قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلنَّهَارَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِلَيْلٍ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ

Transliteration qul ara-aytum in jaʿala l-lahu ʿalaykumu l-nahāra sarmadan ilā yawmi l-qiyāmati man ilāhun ghayru l-lahi yatīkum bilaylin taskunūna fīhi afalā tub'ṣirūna

Dhivehi (އޭ رسول ﷲ އެވެ؟) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަށް އެކީއެކަށްޗަކަށް دائمى ގޮތެއްގައި قيامة ދުވަހާއި ހަމައަށްދާންދެންވެސް ﷲ تعالى ދުވާލު ލައްވައިފިއްޔާ އެރޭގަނޑުގެތެރޭގައި ކަލޭމެން މައިތިރިވެ ހިމޭންވާނޭ ރޭގަނޑެއް ކަލޭމެނަށް ގެނަސްދޭނީ ﷲ ނޫން ދެން ކޮން إله އެއްހެޔެއްވެ؟ ކަލޭމެން ފަހެ (ރޭދުވާ ތަކުރާރުވާތީ) ނުދެކޭހެއްޔެވެ؟ (މިހުރީ ހައްތާވެސް ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމެވެ.)

Verse 73

وَمِن رَّحْمَتِهِۦ جَعَلَ لَكُمُ ٱلَّيْلَ وَٱلنَّهَارَ لِتَسْكُنُوا۟ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ

Transliteration wamin raḥmatihi jaʿala lakumu al-layla wal-nahāra litaskunū fīhi walitabtaghū min faḍlihi walaʿallakum tashkurūna

Dhivehi އަދި ތިޔަބައިމީހުންނަށްޓަކައި އެކަލާނގެ ރޭގަނޑާއި ދުވާލު ލެއްވުން އެއީ އެކަލާނގެ رحمة ގެ ތެރެއިންވާ ކަމެކެވެ. އެއީރޭގަނޑުގެތެރޭގައި ތިޔަބައިމީހުން މައިތިރިވެ ހަމަޖެހި އަރާމު ކުރުމަށެވެ. އަދި ދުވާލުގެ ވަގުތު އެކަލާނގެ فضل ވަންތަކަން އެދިގަތުމަށެވެ. ނުވަތަ ރޭގަނޑާއި ދުވާލު އެކަލާނގެ فضل ވަންތަކަން އެދިގަތުމަށެވެ. އަދި ތިޔަބައިމީހުން އެކަލާނގެއަށް شكر ކުރުމަށެވެ.

Verse 74

وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ

Transliteration wayawma yunādīhim fayaqūlu ayna shurakāiya alladhīna kuntum tazʿumūna

Dhivehi އަދި އެމީހުންނަށް - އެބަހީ: مشرك ންނަށް - އެކަލާނގެ ނިދާއިއްވަވާދުވަހުން ފަހެ އެކަލާނގެ وحي ކުރައްވާނެއެވެ. ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ހީކޮށްގެން އުޅުނު شريك ންތައް ފަހެ ކޮބައިހެއްޔެވެ؟ އެމީހުންނަށް އެ شريك ން ނުފެންނާނެއެވެ.

Verse 75

وَنَزَعْنَا مِن كُلِّ أُمَّةٍ شَهِيدًا فَقُلْنَا هَاتُوا۟ بُرْهَـٰنَكُمْ فَعَلِمُوٓا۟ أَنَّ ٱلْحَقَّ لِلَّهِ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ

Transliteration wanazaʿnā min kulli ummatin shahīdan faqul'nā hātū bur'hānakum faʿalimū anna l-ḥaqa lillahi waḍalla ʿanhum mā kānū yaftarūna

Dhivehi އަދި (قيامة ދުވަހުން) ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވެރިއަކު ވަކިކުރައްވައި حاضر ކުރައްވާހުށީމެވެ. އެއީ އެ أمّة ގެ نبي އާއެވެ. ދެންފަހެ مشرك ންނަށް ތިމަންރަސްކަލާނގެ އަންގަވާ ހުށީމެވެ. (އެއީ نبي އާ، ނަބީކަން އެންގެވިކަމަށް ވިދާޅުވުމަށްފަހުގައެވެ.) އެއަށްފަހު مشرك ންނަށް އަންގަވާނަމެވެ. ކަލޭމެން ކަލޭމެން އަޅުކަންކުރިތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ حجّة އާއި برهان ނިކަން ގެނަސްބަލާށެވެ! (އެހިނދު އެމީހުންނަކަށް އެއްވެސް دليل އެއް حجّة އެއް ނުވާނެއެވެ.) އަދި ހަމަކަށަވަރުން حقّ ވަނީ ﷲ އަށް ކަން ރަނގަޅަށް އެމީހުންނަށް އެނގޭނެއެވެ. އަދި އެމީހުން (ދުނިޔޭގައި) ދޮގުހަދާކަމުގައިވިތަކެތި - ބުދުތައް - (ﷲ ފިޔަވައި އަޅުކަން އެފަރާތްތަކަށް ވެވުނު ހުރިހާތަކެތި) އެމީހުން ކިބައިން ގެއްލިގެން ހިނގައިދާނެއެވެ.

Verse 76

۞ إِنَّ قَـٰرُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَءَاتَيْنَـٰهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلْعُصْبَةِ أُو۟لِى ٱلْقُوَّةِ إِذْ قَالَ لَهُۥ قَوْمُهُۥ لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ

Transliteration inna qārūna kāna min qawmi mūsā fabaghā ʿalayhim waātaynāhu mina l-kunūzi mā inna mafātiḥahu latanūu bil-ʿuṣ'bati ulī l-quwati idh qāla lahu qawmuhu lā tafraḥ inna l-laha lā yuḥibbu l-fariḥīna

Dhivehi ހަމަކަށަވަރުން قَارُوْنُ ވީ موسى عليه السّلام ގެ ގާތްތިމާގެ މީހުންގެތެރެއިންނެވެ. (ބުނެވެނީ قَارُوْن އަކީ موسى عليه السّلام ގެ ބޮޑުބޭބެ ދަރިއެއްކަމުގައެވެ.) ފަހެ އޭނާ އެމީހުންގެ މައްޗަށް ބޮޑާވެ كِبر ވެރިވެގަތީއެވެ. އަދި އޭނާއަށް ތިމަންރަސްކަލާނގެ ގިނަ މުދަލާ كَنْزُ ތައް ދެއްވީމެވެ. ހަމަކަށަވަރުން އޭނާގެ خَزَانَة ތަކުގެ ތަޅުދަނޑިތައް އުފުލުމަށް ބާރުގަދަ جماعة އެއްގެބަޔަކަށްވެސް ބަރުވެގެންވެއެވެ. އަދި އޭނާގެ قوم ގެމީހުން އޭނާއަށް ބުނިހިނދު ހަނދުމަފުޅުކުރައްވާށެވެ. (އޭ قَارُوْن އެވެ!) ކަލޭ ބޮޑާވެ އުފާނުކުރާށެވެ! ހަމަކަށަވަރުން ބޮޑާވެ كِبر ވެރިވެ އުފާކުރާ މީހުންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ.

Verse 77

وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْـَٔاخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا ۖ وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ ۖ وَلَا تَبْغِ ٱلْفَسَادَ فِى ٱلْأَرْضِ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُفْسِدِينَ

Transliteration wa-ib'taghi fīmā ātāka l-lahu l-dāra l-ākhirata walā tansa naṣībaka mina l-dun'yā wa-aḥsin kamā aḥsana l-lahu ilayka walā tabghi l-fasāda fī l-arḍi inna l-laha lā yuḥibbu l-muf'sidīna

Dhivehi އަދި ކަލެއަށް ﷲ تعالى ދެއްވިތަކެތީން ކަލޭ آخرة އެދޭށެވެ. (އެބަހީ: އެމުދަލުން آخرة ބާއްޖަވެރިވާނެ عمل ކުރާށެވެ!) އަދި ދުނިޔެއިން ކަލެއަށް ލިބިފައިވާ ބައި (ކަލޭގެ حِصّة) ހަނދާންނައްތާ ނުލާށެވެ! (އެވަގުތުކޮޅުގައި އަދި އެތަކެތީން آخرة ރޯޝަންކުރެވޭފަދަ عمل ކުރާށެވެ!) އަދި ﷲ ކަލެއަށް إحسان ތެރިވެވޮޑިގެންނެވިފަދައިން ކަލޭވެސް މީސްތަކުންނަށް ހެޔޮކޮށްހިތާ إحسان ތެރިވާށެވެ! އަދި ބިމުގައި ފަސާދަކުރަން قصد ނުކުރާށެވެ! ހަމަކަށަވަރުން ފަސާދަކުރާ މީހުންނަށް ﷲ ލޯބިވެވޮޑި ނުގަންނަވާނެއެވެ.

Verse 78

قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍ عِندِىٓ ۚ أَوَلَمْ يَعْلَمْ أَنَّ ٱللَّهَ قَدْ أَهْلَكَ مِن قَبْلِهِۦ مِنَ ٱلْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا ۚ وَلَا يُسْـَٔلُ عَن ذُنُوبِهِمُ ٱلْمُجْرِمُونَ

Transliteration qāla innamā ūtītuhu ʿalā ʿil'min ʿindī awalam yaʿlam anna l-laha qad ahlaka min qablihi mina l-qurūni man huwa ashaddu min'hu quwwatan wa-aktharu jamʿan walā yus'alu ʿan dhunūbihimu l-muj'rimūna

Dhivehi އޭނާ އެބަހީ: قارون ބުންޏެވެ. އަހުރެންނަށް އެމުދާ ލިބިފައިވާކަން ކަށަވަރީ އަހުރެންގެ ކިބައިގައިވާ ވިޔަފާރީގެ ހުނަރުތައް މޮޅުކަމެވެ. އެކަމުގެ علم ހުރެގެނެވެ. (ﷲ تعالى އޭގެ جواب ގައި وحي ކުރެއްވިއެވެ.) އޭނާގެ ކުރިން އިސްވެދިޔަ أمّة ތަކުގެތެރޭގައި ބާރުގެގޮތުން މާގަދަފަދަ މީހުންނާއި ވިޔަފާރީގެގޮތުން މުދާ އެއްކޮށް ޖަމަޢަކުރުމުގައި މާ ހުނަރުވެރި ކިތަންމެބަޔަކު ﷲ ހަލާކުކުރެއްވިކަން އޭނާއަށް ފަހެ ނޭނގޭބާވައެވެ. (އެއީ އެމީހުން ނުބައިވީހިނދުންނެވެ. ފާފަތަކަށް އަރައި ނުކިޔަމަންތެރިވުމުގެ ސަބަބުންނެވެ.) އަދި ނުބައިމީހުންކުރެން - (مجرم ންކުރެން) - އެމީހުންގެ ފާފަޔާއިމެދު (قيامة ދުވަހުން) ސުވާލު ނުވެވޭނެއެވެ. (އެއީ އެމީހުންގެ ފާފަތަކުގެ ފައުޅުކަން ބޮޑުކަމުންނެވެ.)

Verse 79

فَخَرَجَ عَلَىٰ قَوْمِهِۦ فِى زِينَتِهِۦ ۖ قَالَ ٱلَّذِينَ يُرِيدُونَ ٱلْحَيَوٰةَ ٱلدُّنْيَا يَـٰلَيْتَ لَنَا مِثْلَ مَآ أُوتِىَ قَـٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٍ

Transliteration fakharaja ʿalā qawmihi fī zīnatihi qāla alladhīna yurīdūna l-ḥayata l-dun'yā yālayta lanā mith'la mā ūtiya qārūnu innahu ladhū ḥaẓẓin ʿaẓīmin

Dhivehi ދެންފަހެ އޭނާ يعني: قارون އޭނާގެ ފުރިހަމަ ޒީނަތްތެރިކަމުގައި އޭނާގެ قوم ގެތެރެއަށް (އެއްދުވަހަކު) ނުކުތެވެ. އެހިނދު އޭނާގެ މުދާވެރިކަމާއި عزّة ތެރިކަން ދެކެފައި ދުނިޔޭގެ حياة ގެ ދިރިއުޅުން އެދޭމީހުން ބުންޏެވެ. قارون އަށްއެލިބިގެންވާފަދަ ތަކެތި އަހުރެމެންނަށްވެސް ލިބިފައިވީނަމަ ކޮންފަދަ ރަނގަޅުހެއްޔެވެ؟ ހަމަކަށަވަރުން އޭނާ އެވަނީ ބޮޑުވެގެންވާ ނަސީބެއްގައެވެ.

Verse 80

وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَيْلَكُمْ ثَوَابُ ٱللَّهِ خَيْرٌ لِّمَنْ ءَامَنَ وَعَمِلَ صَـٰلِحًا وَلَا يُلَقَّىٰهَآ إِلَّا ٱلصَّـٰبِرُونَ

Transliteration waqāla alladhīna ūtū l-ʿil'ma waylakum thawābu l-lahi khayrun liman āmana waʿamila ṣāliḥan walā yulaqqāhā illā l-ṣābirūna

Dhivehi އަދި ތަންދޮރުދަންނަމީހުން ހަރުދަނާ عِلْمُ ވެރިން އެމީހުނާ ދިމާއަށް ބުންޏެވެ. ކަލޭމެނަށް ހަލާކުހުއްޓެވެ. އީމާންވެ صالح عمل ކުރިމީހުންނަށް ﷲ ގެ حضرة ގައި ހުރި ثواب އާއި ދަރުމަ މާހެޔޮވެގެންވެއެވެ. އަދި ކެތްތެރިންނަށް މެނުވީ އެފަދަ ثواب އާއި ދަރުމަ ނުލިބެވޭހުއްޓެވެ. ނުވަތަ އެ علم ވެރިން އެބުނިފަދަ ހެޔޮ كلمة އެއް ބުނުމުގެ توفيق ކެތްތެރިންނަށް މެނުވީ ނުލިބެއެވެ.

Verse 81

فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ

Transliteration fakhasafnā bihi wabidārihi l-arḍa famā kāna lahu min fi-atin yanṣurūnahu min dūni l-lahi wamā kāna mina l-muntaṣirīna

Dhivehi ދެންފަހެ އޭނާޔާއި - އެބަހީ: قَارون އާއި އޭނާގެ ގެތައް ބިމުގެ ތެރެއަށް ތިމަންރަސްކަލާނގެ ގަންބަވައިގެންނެވީމެވެ. އަދި އޭނާއަށް نصر ދޭނޭ އެއްވެސް جماعة އެއް - އަދި ޕާޓީއެއް އޭނާއަކަށް ނުވިއެވެ. އަދި نصر ލިބެވުނުމީހުންގެތެރެއިން އޭނާ ނުވިއެވެ.

Verse 82

وَأَصْبَحَ ٱلَّذِينَ تَمَنَّوْا۟ مَكَانَهُۥ بِٱلْأَمْسِ يَقُولُونَ وَيْكَأَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ ۖ لَوْلَآ أَن مَّنَّ ٱللَّهُ عَلَيْنَا لَخَسَفَ بِنَا ۖ وَيْكَأَنَّهُۥ لَا يُفْلِحُ ٱلْكَـٰفِرُونَ

Transliteration wa-aṣbaḥa alladhīna tamannaw makānahu bil-amsi yaqūlūna wayka-anna l-laha yabsuṭu l-riz'qa liman yashāu min ʿibādihi wayaqdiru lawlā an manna l-lahu ʿalaynā lakhasafa binā wayka-annahu lā yuf'liḥu l-kāfirūna

Dhivehi އަދި އިއްޔެ قارون ގެ ދަރަޖަޔާ އޭނާގެ މުދަލާ مقام އެދުނުމީހުން މިއަދު ބުނާކަމުގައިވިއެވެ. ހިތާމަހުއްޓެވެ. ކަލޭމެން ހޭއަރާށެވެ. ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އަޅުތަކުންގެތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ރިޒުގު ތަނަވަސް ކުރައްވައި އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ދަތިކުރައްވައެވެ. އަދި ﷲ تعالى އަހުރެމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިނުގެންނެވިނަމަ / رحمة ނުލެއްވިނަމަ އަހުރެމެންވެސް قارون އާއި އެކީ ގަންބަވައިގަންނަވައިފީހެވެ. ހިތާމަ ހުއްޓެވެ. އަދި ކަލޭމެން ހޭއަރާށެވެ. ހަމަކަށަވަރުން كافر ންނަށް އެކަލާނގެ ކާމިޔާބު ނުދެއްވާނެއެވެ.

Verse 83

تِلْكَ ٱلدَّارُ ٱلْـَٔاخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلْأَرْضِ وَلَا فَسَادًا ۚ وَٱلْعَـٰقِبَةُ لِلْمُتَّقِينَ

Transliteration til'ka l-dāru l-ākhiratu najʿaluhā lilladhīna lā yurīdūna ʿuluwwan fī l-arḍi walā fasādan wal-ʿāqibatu lil'muttaqīna

Dhivehi آخرة ގެ އެގޮވަތި، އެބަހީ: ސުވަރުގެޔާއި އެތާނގެ نعمة ތިމަންރަސްކަލާނގެ ލެއްވީ ބިންމަތީގައި ބޮޑާވެ كبر ވެރިވާން ނޭދޭ މީހުންނަށެވެ. އަދި ފާސިދުކަމެއްވެސް ނޭދޭމީހުންނަށެވެ. އަދި ފަހުކޮޅުވަނީ تقوى ވެރިންނަށެވެ. ސުވަރުގެވަނީ تقوى ވެރިންނަށެވެ.

Verse 84

مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌ مِّنْهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَى ٱلَّذِينَ عَمِلُوا۟ ٱلسَّيِّـَٔاتِ إِلَّا مَا كَانُوا۟ يَعْمَلُونَ

Transliteration man jāa bil-ḥasanati falahu khayrun min'hā waman jāa bil-sayi-ati falā yuj'zā alladhīna ʿamilū l-sayiāti illā mā kānū yaʿmalūna

Dhivehi ހެޔޮކަމެއް ކުރިމީހާ ދަންނައެވެ. ފަހެ އެމީހާއަށް އެމީހާ އެކުރި ހެޔޮކަމަށްވުރެ މާހެޔޮ ދަރުމަޔާއި ثواب ހުންނަހުއްޓެވެ. އަދި ނުބައިކަމެއް ކުރި މީހާ ދަންނައެވެ. ފަހެ ނުބައި عمل ކުރި މީހުންނަށް އެމީހުން އެކުރި ނުބައިކަމާއި - ނުބައި عمل އާއި އެއްފަދަ ޖަޒާއެއް މެނުވީ ނުލިބޭނެއެވެ. (ނުބައި ޖަޒާ ގިނަ ނުވާހުއްޓެވެ. ހެޔޮ عمل ގެ ޖަޒާ ގިނަވާހުއްޓެވެ. އެއީ ހެޔޮކަމަކަށް ދިހަ ހެޔޮކަން ދެން އެއަށްވުރެ ގިނަވެގެންގޮސް ﷲ އެދިވޮޑިގަންނަވާހާ ވަރަކަށެވެ.)

Verse 85

إِنَّ ٱلَّذِى فَرَضَ عَلَيْكَ ٱلْقُرْءَانَ لَرَآدُّكَ إِلَىٰ مَعَادٍ ۚ قُل رَّبِّىٓ أَعْلَمُ مَن جَآءَ بِٱلْهُدَىٰ وَمَنْ هُوَ فِى ضَلَـٰلٍ مُّبِينٍ

Transliteration inna alladhī faraḍa ʿalayka l-qur'āna larādduka ilā maʿādin qul rabbī aʿlamu man jāa bil-hudā waman huwa fī ḍalālin mubīnin

Dhivehi ހަމަކަށަވަރުން ކަލޭގެފާނުންގެ މައްޗަށް قرآن ބާވައިލެއްވިކަލާނގެ مَعَاد އަށް ކަލޭގެފާނު ރައްދުކުރައްވާ ހުއްޓެވެ. (އެއީ ކަލޭގެފާނަށް وعد ވެވިގެންވާ ތަނެވެ. އެތަނަކީ مكّة އެވެ. ނުވަތަ މަރެވެ. ނުވަތަ އެއީ ސުވަރުގެއެވެ. والله أعلم)\nކަލޭގެފާނު ވިދާޅުވާށެވެ! ތެދުމަގާއިގެން އައިމީހާއާއި އަދި ބަޔާންވެގެންވާ މަގުފުރެދުމުގައިވާމީހާވެސް ތިމަންކަލޭގެފާނުންގެ ربّ ދެނެވޮޑިގެންވެއެވެ.

Verse 86

وَمَا كُنتَ تَرْجُوٓا۟ أَن يُلْقَىٰٓ إِلَيْكَ ٱلْكِتَـٰبُ إِلَّا رَحْمَةً مِّن رَّبِّكَ ۖ فَلَا تَكُونَنَّ ظَهِيرًا لِّلْكَـٰفِرِينَ

Transliteration wamā kunta tarjū an yul'qā ilayka l-kitābu illā raḥmatan min rabbika falā takūnanna ẓahīran lil'kāfirīna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް ފޮތްބާވައިލެއްވުމަކަށް ކަލޭގެފާނު އެދިވަޑައިގެންނެވި ކަމުގައި ނުވެއެވެ. އެކަމަކު ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްކަމުގައި މެނުވީ އެފޮތް ބާވައިލެއްވުން ނުވެއެވެ. ފަހެ ކާފަރުންނަށް އެހީވެ ވާގިވެރިވާ މީހަކުކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ.

Verse 87

وَلَا يَصُدُّنَّكَ عَنْ ءَايَـٰتِ ٱللَّهِ بَعْدَ إِذْ أُنزِلَتْ إِلَيْكَ ۖ وَٱدْعُ إِلَىٰ رَبِّكَ ۖ وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ

Transliteration walā yaṣuddunnaka ʿan āyāti l-lahi baʿda idh unzilat ilayka wa-ud'ʿu ilā rabbika walā takūnanna mina l-mush'rikīna

Dhivehi އަދި ކަލޭގެފާނަށް ބާވައިލެއްވުމަށްފަހު ﷲ ގެ آية ތަކުން ކަލޭގެފާނު އަނބުރާ ދުރުކުރުވިޔަ ނުދޭށެވެ. އަދި ކަލޭގެފާނުންގެ ربّ އަށް ކަލޭގެފާނު دعاء ކުރައްވާށެވެ. އަދި مشرك ންގެތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ.

Verse 88

وَلَا تَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۘ لَآ إِلَـٰهَ إِلَّا هُوَ ۚ كُلُّ شَىْءٍ هَالِكٌ إِلَّا وَجْهَهُۥ ۚ لَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ

Transliteration walā tadʿu maʿa l-lahi ilāhan ākhara lā ilāha illā huwa kullu shayin hālikun illā wajhahu lahu l-ḥuk'mu wa-ilayhi tur'jaʿūna

Dhivehi އަދި ﷲ އާއި އެކު ކަލޭގެފާނު އެހެން إله އަކަށް ގޮވާ دعاء ކުރައްވާ ނުހައްދަވާށެވެ! އެކަލާނގެ މެނުވީ (حقّ) އެހެން އެއްވެސް إله އަކު ނުވެއެވެ. އެކަލާނގެ وجه ފުޅު އެބަހީ: އެކަލާނގެ ذات ފުޅު މެނުވީ ހުރިހާ ތަކެއްޗަކީ (قيامة ވުމުގެ ކުރިން) ހަލާކުވެ ފަނާވެދާނޭ ތަކެއްޗެވެ. (އެކަލާނގެ خلق ތަކުންގެ މެދުގައި) حكم ކުރެއްވުންވަނީ ހަމައެކަނި އެކަލާނގެއަށެވެ. މި حكم ކުރެއްވުމަކީ ދުނިޔޭގައިވެސް حكم ކުރެއްވުމެވެ. އަދި آخرة ގައިވެސް حكم ކުރެއްވުމެވެ. ހުރިހާ حكم އެއްގެ ވެރިޔަކީ އެކަލާނގެއެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.

Read Surah Al-Qasas in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.