MyDugsiStart learning

Surah Al-Qamar in Dhivehi: translation and audio

Surah 54 · القمر · The Moon · 55 verses

Surah Al-Qamar verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Qamar word by word in English.

Verse 1

ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ

Transliteration iq'tarabati l-sāʿatu wa-inshaqqa l-qamaru

Dhivehi قيامة ދުވަސް ގާތްވެއްޖެއެވެ. އަދި ހަނދު ފަޅައިގެން ހިނގައްޖެއެވެ.\nދަންނައެވެ. قيامة ގާތްވެއްޖެ ކަމުގައި އޮތް ބަސްފުޅުން މުރާދުވެވެނީ محمّد ﷺ ގެ نبي ކަމާއިގެން ފޮނުއްވެވުމުގެ ވަގުތުން ފެށިގެން ދެން އޮތް ވަގުތާއި، އޭގެ ކުރީން ދުނިޔެއިން ވޭތިވެގެން ދިޔަ ވަގުތާ އަޅާ ބަލާއިރު އިސްވެދިޔަ ވަގުތު ގިނަވެފައި، رسول الله ﷺ އެއީ އެންމެ ފަހުގެ نبي އާ ކަމުގައި ވީކަމެވެ. ފަހެ އެކަލޭގެފާނު ފޮނުއްވެވުމުން ދެން قيامة އެ ގާތްވީއެވެ.\nހަނދު ފަޅައިގެންދިޔަ މައްސަލައަކީ تاريخ އާއި، سيرة ން صريح ކޮށް ސާބިތުވާ ގޮތުން مكّة ގެ مشرك ން رسول الله ﷺ ގެ އަރިހުން އެކަމަށް އެދުނު ހިނދުން އެކަލޭގެފާނު ހަނދަށް إشارة ކުރެއްވުމުން ﷲ އެ ހަނދު ދެފަޅިކުރައްވައި رسول الله ﷺ ގެ رسول ކަމުގެ މައްޗަށް تائيد ކުރާ معجزة އެއްގެ ގޮތުން ލެއްވި ކަމެވެ. އެ އެ معجزة ކާފަރުންވެސް ދުށްޓެވެ. އަދި إيمان ނުވި މީހުން ބުނީ އެއީ ދެމިގެންވާ سحر އެއް ކަމަށެވެ. އެވާހަކަ ދެވަނަ آية ގައި އެވަނީއެވެ.

Verse 2

وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ

Transliteration wa-in yaraw āyatan yuʿ'riḍū wayaqūlū siḥ'run mus'tamirrun

Dhivehi އަދި އެމީހުން ކޮންމެ معجزة އެއް ދުށް ނަމަވެސް އެމީހުން އެއެއްޤަބޫލެއް ނުކުރެއެވެ. އެވެ. އަދި އެމީހުން ބުނަނީ ތިޔައީ ދެމިގެންވާ سحر އެއް ކަމަށެވެ.

Verse 3

وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ

Transliteration wakadhabū wa-ittabaʿū ahwāahum wakullu amrin mus'taqirrun

Dhivehi އަދި އެމީހުން (ﷲ ގެ رسول އާ އާއި، އަދި ﷲ ގެ قدرة ތެރިކަމުގެ ތެރެއިން އެމީހުން ދުށް ކަންތައްތައް) ދޮގުކޮށްފި އެވެ. އަދި އެމީހުން تبع ވީ އެމީހުން ގެ އަމިއްލަ އެދުމާއެވެ. އެމީހުންގެ هوٰى نفس އާއެވެ. އަދި ހުރިހާ ކަމެއް ވަނީ قرار ވެގެންނެވެ. (އެބަހީ ހުރިހާ ކަމެއްވެސް އޭގެ نهاية ގައި ވަނީ قرار ވެ ހަމަޖެހި ނިމިފައެވެ. ފަހެ ހެޔޮ ކަންތައް ވަނީ ހެޔޮކަމުގެ أهل ވެރީންނާ ހަމައަށް ނިމި ވެފައެވެ. އަދި ނުބައި ކަންތައް ވަނީ ނުބައިކަމުގެ أهل ވެރީންނާ ހަމައަށް ނިމި قرار ވެފައެވެ.) والله أعلم.

Verse 4

وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ

Transliteration walaqad jāahum mina l-anbāi mā fīhi muz'dajarun

Dhivehi އަދި އެ خبر ތަކުގައި ބިރުވެރިކަން ހުރި ވާހަކަތަކާއި، خبر ތައް ހަމަކަށަވަރުން އެމީހުން ކައިރިޔަށް އަތުވެއްޖެއެވެ. (އެބަހީ مكّة ގެ مشرك ން ގާތަށް ނުވަތަ عامّ ކޮށް އެންމެހައި ކާފަރުން ގާތަށް އިސްވެދިޔަ أمّة ތަކުގެ ވާހަކަތަކުގެ ތެރެއިން ބިރުވެރިކަން ހުރި ވާހަކަތައް މި قرآن ން އައިސްފައި ވާނެއެވެ. މި މީހުން އެއިން عبرة حاصل ކުރުން ހުއްޓެވެ.)

Verse 5

حِكْمَةٌۢ بَـٰلِغَةٌ ۖ فَمَا تُغْنِ ٱلنُّذُرُ

Transliteration ḥik'matun bālighatun famā tugh'ni l-nudhuru

Dhivehi އެއީ، އެބަހީ قرآن އަކީ އޭގެ بلاغة ތެރިކަމާއި، ފުރިހަމަކަން އޭގެ نهاية އަށް ގޮސްފައިވާ ފޮތެކެވެ. ފަހެ (އެކަމަކު) إنذار އަކުން ފައިދާއެއް ނުކުރިއެވެ. (އެބަހީ އިސްވެދިޔަ قوم ތަކަށް ވަޑައިގެންނެވި نبي ބޭކަލުންނާއި، رسول ބޭކަލުން އެ قوم ތަކަށް އެ ކުރެއްވި إنذار ން އެ قوم ތަކަކަށް އެއްވެސް ކަމެއް ނުފުދުނެވެ.)

Verse 6

فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍ نُّكُرٍ

Transliteration fatawalla ʿanhum yawma yadʿu l-dāʿi ilā shayin nukurin

Dhivehi (އޭ މާތްވެގެންވާ رسول އާއެވެ!) އެމީހުންގެ ކިބައިން ކަލޭގެފާނު އެނބުރިވަޑައިގަންނަވާށެވެ. އެމީހުން ދޫކޮށްލައްވާށެވެ. الله އެމީހުންނާމެދު حكم ކުރައްވާނެއެވެ. އަދި ގޮވާލައްވާ ފަރާތުގެ ގޮވާލެއްވުމުގެ ދުވަސް ހަނދުމަފުޅު ކުރައްވާށެވެ. (އެއީ إسرافيل ގެފާނު އެންމެހައި މީސްތަކުން محشر އަށް جمع ވުމަށް ގޮވާލައްވާ ގޮވާލެއްވުމެވެ.) އެކަލޭގެފާނު ގޮވާލައްވާނީ އެ ކާފަރުން إنكار ކުރާ އެއްޗަކަށެވެ. އެއީ محشر ގެ ميدان އަށް جمع ވުމަށެވެ.

Verse 7

خُشَّعًا أَبْصَـٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ

Transliteration khushaʿan abṣāruhum yakhrujūna mina l-ajdāthi ka-annahum jarādun muntashirun

Dhivehi އެމީހުންތައް ލޯތަކުން ފެންކަޅިވެ ބިރުވެތިވެގެންވާ حال ކައްވަޅުތަކުން ނުކުންނާނެއެވެ. (މީސްތަކުން ގިނަކަމާއެކު އެއްބަޔަކު އަނެއް ބައެއްގެ ތެރެއަށް ވަދެ މަސްހުނިވުމުގެ ސަބަބުން) އެމީހުން ހީވާނީ ފެތުރިގެންވާ ގޮއްފުޅަނގިތަކެއް ހެންނެވެ.

Verse 8

مُّهْطِعِينَ إِلَى ٱلدَّاعِ ۖ يَقُولُ ٱلْكَـٰفِرُونَ هَـٰذَا يَوْمٌ عَسِرٌ

Transliteration muh'ṭiʿīna ilā l-dāʿi yaqūlu l-kāfirūna hādhā yawmun ʿasirun

Dhivehi މީސްތަކުން އަވަސް އަވަހަށް އެ ގޮވާލާ ބޭކަލަކާ ދިމާއަށް އަވަސްވެގަންނާނެއެވެ. އަދި ކާފަރުން ބުނާނެއެވެ. މިއީ އުނދަގޫ ދުވަހެކެވެ. ދަތި ދުވަހެކެވެ.

Verse 9

۞ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌ وَٱزْدُجِرَ

Transliteration kadhabat qablahum qawmu nūḥin fakadhabū ʿabdanā waqālū majnūnun wa-uz'dujira

Dhivehi އަދި އެމީހުންގެ ކުރީން - އެބަހީ مكّة ގެ مشرك ންގެ ކުރީން - نوح ގެފާނުންގެ قوم ގެ މީހުން (އެމީހުން ގާތަށް ފޮނުއްވެވުނު رسول نوح عَلَيه السلام ގެ رسول ކަން) ދޮގުކުރިއެވެ. އަދި އެމީހުން ތިމަން ރަސްކަލާނގެ އަޅާ - އެބަހީ نوح- عَلَيه السلام ދޮގުކޮށްފިއެވެ. އަދި އެމީހުން އެކަލޭގެފާނާ ދިމާއަށް ބުނީ އެއީ مجنون އެކެވެ. މޮޔައެކެވެ. އަދި އެމީހުން އެކި ގޮތްގޮތުން އެކަލޭގެފާނު ބިރުގަންނަވާހެދިއެވެ.

Verse 10

فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌ فَٱنتَصِرْ

Transliteration fadaʿā rabbahu annī maghlūbun fa-intaṣir

Dhivehi ދެންފަހެ (نوح عَلَيه السلام ގެ قوم ގެ މީހުން އެކަލޭގެފާނު ދޮގުކުރި ހިނދުން) އެކަލޭގެފާނު އެކަލޭގެފާނުންގެ ربّ އަށް دعاء ދެންނެވިއެވެ. އޭ، މިއަޅާގެ ربّ އެވެ. މިއަޅާ ވަނީ ބަލިވެ، ދެރަވެގެންނެވެ. އެހެންވެ މިއަޅާއަށް نصر ދެއްވާނދޭވެ!

Verse 11

فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍ مُّنْهَمِرٍ

Transliteration fafataḥnā abwāba l-samāi bimāin mun'hamirin

Dhivehi ދެންފަހެ ތިމަން ރަސްކަލާނގެ އޮހިއޮހިގެން ފައިބާ ފެނާއިގެން އުޑުގެ ދޮރުތައް ހުޅުވައިލީމެވެ. (އެބަހީ ބޯކޮށް ވާރޭ ވެއްސެވީމެވެ.)

Verse 12

وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ

Transliteration wafajjarnā l-arḍa ʿuyūnan fal-taqā l-māu ʿalā amrin qad qudira

Dhivehi އަދި ބިމުންވެސް ފެންކޯރުތައް ފަޅުއްވައި، ބިމުގައި ކޯރު ދަންމަވާލެއްވީމެވެ. ދެން ވާރޭފެނާއި، ބިމުގެ ފެނާ އެއްކުރައްވާހެއްދެވީމެވެ. (އެއީ އަވަހަށް ފެންގަނޑު ބޮޑުކޮށްލާށެވެ.) އަދި އެކަމަކީ މާ ކުރީ أزل ގައި ލިޔެވި މިންވަރުވެ ނިމިފައިވާ އަމުރެއްގެ މައްޗަށެވެ.

Verse 13

وَحَمَلْنَـٰهُ عَلَىٰ ذَاتِ أَلْوَٰحٍ وَدُسُرٍ

Transliteration waḥamalnāhu ʿalā dhāti alwāḥin wadusurin

Dhivehi އަދި ތިމަން ރަސްކަލާނގެ އެކަލޭގެފާނު (އެބަހީ نوح عَلَيه السلام) ފިލަޔާއި، މޮހޮރުން ހަދާފައިވާ ނާކޮޅުގައި އުފުއްލެވީމެވެ.

Verse 14

تَجْرِى بِأَعْيُنِنَا جَزَآءً لِّمَن كَانَ كُفِرَ

Transliteration tajrī bi-aʿyuninā jazāan liman kāna kufira

Dhivehi އެ ނާކޮޅު ދުވަމުން ދިޔައީ ތިމަން ރަސްކަލާނގެ ފުރިހަމަ ބެއްލެވުމާއި، ރައްކާތެރިކަމާ އެކުގައެވެ. އެއީ ކާފަރުވީ މީސްތަކުންނަށް عذاب އެއްގެ ގޮތުންނެވެ. (އެމީހުން ކަނޑުގައި غرق ވެގެން ދިޔައީއެވެ.)

Verse 15

وَلَقَد تَّرَكْنَـٰهَآ ءَايَةً فَهَلْ مِن مُّدَّكِرٍ

Transliteration walaqad taraknāhā āyatan fahal min muddakirin

Dhivehi އަދި ތިމަން ރަސްކަލާނގެ އެ ކަންތައް (އެބަހީ نوح ގެފާނުން އެ وَاقِعَة)، ފުރިހަމަ عبرة އަކަށް ދުނިޔެއަށް ދޫކުރެއްވީމެވެ. ފަހެ وعظ އާއި، نصيحة އާއި، عبرة ލިބިގަންނަ އެކަކުވެސް އުޅޭ ބާވައެވެ؟

Verse 16

فَكَيْفَ كَانَ عَذَابِى وَنُذُرِ

Transliteration fakayfa kāna ʿadhābī wanudhuri

Dhivehi ދެންފަހެ (އެ أمّة ގެ މީހުންނާމެދު) ތިމަން ރަސްކަލާނގެ عذاب އާއި، إنذار ހުރީ ކޮންފަދައަކުން ހެއްޔެވެ؟ (އެކަން ހުރީ ވަރަށްވެސް ބޮޑު އަދި ބިރުވެރިކޮށެވެ.)

Verse 17

وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ

Transliteration walaqad yassarnā l-qur'āna lildhik'ri fahal min muddakirin

Dhivehi އަދި ހަމަކަށަވަރުން ދަސްކުރުމަށާއި، ވިސްނައި ފިކުރު ކުރުމަށް ފަސޭހަ އެއްޗެއް ކަމުގައި ތިމަން ރަސްކަލާނގެ قرآن ލެއްވީމެވެ. ދަސްކުރުމަށް قرآنފަސޭހަކުރެއްވީމެވެ.

Verse 18

كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِى وَنُذُرِ

Transliteration kadhabat ʿādun fakayfa kāna ʿadhābī wanudhuri

Dhivehi عاد ބާގައިގެ މީހުން (އެމީހުންގެ ގާތަށް ފޮނުއްވުނު رسول އާ هود عَلَيه السلام) ދޮގުކޮށްފޫއެވެ. ފަހެ އެމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ عذاب އާއި، إنذار ހުރީ ކޮންފަދައަކުން ހެއްޔެވެ؟

Verse 19

إِنَّآ أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِى يَوْمِ نَحْسٍ مُّسْتَمِرٍّ

Transliteration innā arsalnā ʿalayhim rīḥan ṣarṣaran fī yawmi naḥsin mus'tamirrin

Dhivehi ހަމަކަށަވަރުން ފިނިކަން ގަދަވެގެންވާ ސުންޕާ ވައެއް ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް ފޮނުއްވީމެވެ. (ހަތް ރެޔާއި، އަށް ދުވަސް ވާނދެން) އެމީހުންގެ މައްޗަށް އެ ވައި ދެމިހުއްޓެވެ.

Verse 20

تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ

Transliteration tanziʿu l-nāsa ka-annahum aʿjāzu nakhlin munqaʿirin

Dhivehi އެ ވައިގެ ބާރުކަމުން އެމީހުން ބިމުން ވަކިވެ އެތައް ހިސާބަކަށް އުފުލިފައި ކަނދުރާވަތަށް ވެއްޓި ޖެހޭބާރު ބޯ ވަކިވާ ކަމުގައި ވިއެވެ. އެމީހުން އެ حال ގައި ތިއްބާ ފެނުނީމައި ހީވަނީ ކޮންފަދައަކުން ހެއްޔެވެ؟ ހީވަނީ ބިމުން ލުހެވި، އުކިފައިވާ ކަދުރު ރުކުގެ ބުޑުތަކެއް ހެންނެވެ.

Verse 21

فَكَيْفَ كَانَ عَذَابِى وَنُذُرِ

Transliteration fakayfa kāna ʿadhābī wanudhuri

Dhivehi ފަހެ ތިމަން ރަސްކަލާނގެ عذاب އާއި، إنذار އެމީހުންގެ މައްޗަށް ކޮންފަދަ ހެއްޔެވެ؟ (ގަދަފަދަ ވެގެން ވިއެވެ.)

Verse 22

وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ

Transliteration walaqad yassarnā l-qur'āna lildhik'ri fahal min muddakirin

Dhivehi އަދި ހަމަކަށަވަރުން ދަސްކޮށް، فكر ކޮށް ވިސްނާހެދުމަށް ތިމަން ރަސްކަލާނގެ قرآن ފަސޭހަކުރެއްވީމެވެ. ފަހެ وعظ އާއި، نصيحة އާއި، عبرة ލިބިގަންނަ އެކަކުވެސް އެބަ ވޭބާވައެވެ؟\nنصيحة އާއި عبرة ލިބިގަންނަ އެކަކުވެސް އެބަހުރި ބާވައެވެ؟

Verse 23

كَذَّبَتْ ثَمُودُ بِٱلنُّذُرِ

Transliteration kadhabat thamūdu bil-nudhuri

Dhivehi ثمود ބާގައިގެ މީހުން رسول ބޭކަލުން ދޮގުކޮށްފިއެވެ. ثمود ބާގައިގެ މީހުންނަކީ سلام ލެއްވި صالح ގެފާނުންގެ قوم ގެ މީހުންނެވެ. އެމީހުން صالح ގެފާނުންގެ رسول ކަން ދޮގުކުރުމުގެ ސަބަބުން އެމީހުން رسول ން ދޮގުކުރިކަމަށް وحِى ކުރައްވާފައި އެވަނީއެވެ. އެއިން އެނގޭ އެއްޗަކީ رسول ބޭކަލުންކުރެ އެއް ބޭކަލަކު ދޮގުކުރުމުން ހުރިހާ رسول ން ދޮގުކުރުމެކޭ އެއްވަރު ވާނެކަމެވެ.

Verse 24

فَقَالُوٓا۟ أَبَشَرًا مِّنَّا وَٰحِدًا نَّتَّبِعُهُۥٓ إِنَّآ إِذًا لَّفِى ضَلَـٰلٍ وَسُعُرٍ

Transliteration faqālū abasharan minnā wāḥidan nattabiʿuhu innā idhan lafī ḍalālin wasuʿurin

Dhivehi އަދި އެބައިމީހުން (صالح ގެފާނާ ދިމާއަށް ބުންޏެވެ.) އަހުރެމެން ކަހަލަ ހަމަ އެންމެ آدم ގެ ދަރިޔަކަށް އަހުރެމެން تبع ވާންވީ ހެއްޔެވެ؟ އެހެން ހަދައިފިނަމަ އަހުރެމެން ވާނީ ކަނޑައެޅިގެން މަގުފުރެދުމެއްގައެވެ. އަދި ސީދާ ތެދުގޮތާ ދުރުވެގެންނެވެ. ނުވަތަ އަހުރެމެން ވާނީ މޮޔަ ބަޔަކު ކަމުގައެވެ. (އެހެނީ އޭނާޔަކީ ހަމަ އަހުރެމެންގެ މީހެކެވެ. ކައިބޮއި ހަދަނީވެސް ހަމަ އަހުރެމެން ކައިބޮއިހަދާ ތަކެއްޗެވެ.

Verse 25

أَءُلْقِىَ ٱلذِّكْرُ عَلَيْهِ مِنۢ بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ

Transliteration a-ul'qiya l-dhik'ru ʿalayhi min bayninā bal huwa kadhābun ashirun

Dhivehi އަހުރެމެންގެ ތެރެއިން އޭނާއަށް وحِى އާއި، نبيކަން އަންނަންވީ ހެއްޔެވެ؟ (އޭނާއަށްވުރެ މާ ރަނގަޅު މީހުންވެސް މި ތިބީއެވެ.) އެއީ ބޮޑު عجائب އެކެވެ. އަދި ކިޔެއް ހެއްޔެވެ؟ އޭނާއަކީ ގިނަގިނައިން ދޮގުހަދާ ބޮޑާ މީހަކީއެވެ.

Verse 26

سَيَعْلَمُونَ غَدًا مَّنِ ٱلْكَذَّابُ ٱلْأَشِرُ

Transliteration sayaʿlamūna ghadan mani l-kadhābu l-ashiru

Dhivehi (الله އެމީހުންނަށް ރައްދުކުރައްވައި وحِى ކުރައްވަނީއެވެ.) ނިކަންހުރެ ދޮގުވެރިޔަކީ ކާކުކަން، އަދި ބޮޑާ މީހަކީ ކާކުކަން މާދަމާ (قيامة ދުވަހުން ނުވަތަ عذاب އަންނަ ދުވަހުން) ރަނގަޅަށް އެމީހުންނަށް އެނގިދާނެއެވެ.

Verse 27

إِنَّا مُرْسِلُوا۟ ٱلنَّاقَةِ فِتْنَةً لَّهُمْ فَٱرْتَقِبْهُمْ وَٱصْطَبِرْ

Transliteration innā mur'silū l-nāqati fit'natan lahum fa-ir'taqib'hum wa-iṣ'ṭabir

Dhivehi ނިކަންހުރެ އެމީހުންނަށް إمتحان އެއްގެ ގޮތުން ތިމަން ރަސްކަލާނގެ جمل ކޮޅު ނެރުއްވާހުށީމެވެ. (އެއީ صالح ގެފާނުންގެ ކިބައިން معجزة އަކަށް އެމީހުން އެދުނު ހިނދުން الله އެމީހުންނަށް ފޮނުއްވި معجزة އެކެވެ.) ރީތިކަމާއި، ބާރުގެ ގޮތުން لا مثيل އެއްޗެކެވެ. ދެންފަހެ الله تعالى صالح ގެފާނަށް އެންގެވިއެވެ. އެމީހުންގެ ކަންތައް ހުންނަ ގޮތަކާމެދު ބައްލަވާން ހުންނަވާށެވެ. އަދި ކެތްތެރި ވެވަޑައިގަންނަވާށެވެ.

Verse 28

وَنَبِّئْهُمْ أَنَّ ٱلْمَآءَ قِسْمَةٌۢ بَيْنَهُمْ ۖ كُلُّ شِرْبٍ مُّحْتَضَرٌ

Transliteration wanabbi'hum anna l-māa qis'matun baynahum kullu shir'bin muḥ'taḍarun

Dhivehi އަދި ރަށުގެ ފެން ވަނީ ދެބަޔަށް ބެހިގެން ކަމުގައި އެމީހުންނަށް އަންގަވާށެވެ. އެބަހީ އެބައިމީހުން ފެން ބޭނުންކުރާ ވަޅުގެ ފެން ހުންނަން ވާނީ ބެހެވިގެންނެވެ. އެއްދުވަހު ހުރިހާ ފެނެއް ހުންނާނީ جمل ކޮޅަށެވެ. އަނެއް ދުވަހު ރަށުގެ މީހުންނަށާއި، އެހެނިހެން حيوان އަށެވެ. (ދެންފަހެ މިބައިމީހުންނަށް މިގޮތް ކަމު ނުގޮސްގެން ދުވަސްކޮޅެއް ވީފަހުން އެ جمل ކޮޅު ކަތިލުމުގެ خيال އައިސް އެކަމަށް ތައްޔާރުވެއްޖެއެވެ.

Verse 29

فَنَادَوْا۟ صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ

Transliteration fanādaw ṣāḥibahum fataʿāṭā faʿaqara

Dhivehi ފަހެ އެމީހުން އެމީހުންގެ އެކުވެރިޔާ (قَدَّار بن سالِف) އަށް ގޮވައިފިއެވެ. ދެން އޭނާ ކަނޑިނަގައި އެ جمل ކޮޅުގައި ޖަހައި އެ جمل ކޮޅު ކަތިލައި ނިންމައިފިއެވެ

Verse 30

فَكَيْفَ كَانَ عَذَابِى وَنُذُرِ

Transliteration fakayfa kāna ʿadhābī wanudhuri

Dhivehi ފަހެ ތިމަން ރަސްކަލާނގެ عذاب އާއި إنذار ހުރީ ކޮންފަދައަކުން ހެއްޔެވެ؟

Verse 31

إِنَّآ أَرْسَلْنَا عَلَيْهِمْ صَيْحَةً وَٰحِدَةً فَكَانُوا۟ كَهَشِيمِ ٱلْمُحْتَظِرِ

Transliteration innā arsalnā ʿalayhim ṣayḥatan wāḥidatan fakānū kahashīmi l-muḥ'taẓiri

Dhivehi ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް ފޮނުއްވީ އެންމެ އަޑުފަށެކެވެ. (جبريل عليه السلام ގޮވާލެއްވި އެންމެ އަޑުފަށެކެވެ.) އެ އަޑުފަށް ގަދަކަމުން އެމީހުންގެ ކަންފަތްތަކަށް ކެތްނުވެ ހިތްތައް މުޅީން ފަޅަފަޅައިގެން ގޮސް އެންމެން - އެންމެހާ ކާފަރުން - މަރުވެ ތަންޑާވީއެވެ. އެމީހުން ހީވަނީ އެތަން-މިތަނަށް އުކިފައިވާ ގެރިބަކައްޓަށް ކާންދޭން ތައްޔާރުކޮށްފައިވާ ހިކި ވިނަބޮނޑިބޮނޑި ހެންނެވެ. (މިއީ އެ قوم އަށް އައި عذاب އެވެ. ސަލާމަތްވީ صالح ގެފާނާއި، ދެންވެސް ތިބި مؤمن ންއެޢަޒާބުން އެކަލާނގެ ސަލާމަތްކުރެއްވިއެވެ.

Verse 32

وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ

Transliteration walaqad yassarnā l-qur'āna lildhik'ri fahal min muddakirin

Dhivehi އަދި ހަމަކަށަވަރުން ދަސްކުރުމަށާއި، ވިސްނައި فكر ކުރުމަށް ތިމަން ރަސްކަލާނގެ قرآن ފަސޭހަކުރެއްވީމެވެ. ފަހެ وعظ އާއި، نصيحة ލިބިގަންނަ މީހަކު ވޭބާވައެވެ؟

Verse 33

كَذَّبَتْ قَوْمُ لُوطٍۭ بِٱلنُّذُرِ

Transliteration kadhabat qawmu lūṭin bil-nudhuri

Dhivehi لوط ބާގައިގެ މީހުން އެމީހުންގެ رسول އާ (لوط عَلَيهِ السلام) ދޮގުކުރިއެވެ. (لوط عَلَيهِ السلام އަކީ إبراهيم عَلَيهِ السلام ގެ أخ هارون ގެ ދަރިކަލުންނެވެ. އެކަލޭގެފާނުގެ قوم އަކީ سدوم ކިޔާ ރަށެކެވެ. މި ރަށުގެ މީހުންނަކީ ފިރިހެނުންނާ އެޅުނު ބަޔެކެވެ. އެންމެ ފަހުން الله تعالى އެމީހުން ހަލާކު ކުރެއްވުމަށް އިރާދަކުރައްވައި އެރަށް ހަލާކު ކުރެއްވުމަށް ملائكة ންގެ جماعة އެއް ފޮނުއްވިއެވެ. އެ ބޭކަލުން ފޮނުއްވީ ރީތި ފިރިހެނުންތަކެއްގެ ސިފައިގައެވެ. އެހިނދުން ރަށުގެ މީހުން ދިމާކުރީ މި މާތް ملائكة ބޭކަލުން ގަޔަށް އަރާށެވެ. އެވަގުތު الله تعالى އެމީހުންގެ ލޯތައް އަނދިރި ކުރައްވައި ލޯ ހުރިތަން ލޯ ނެތްތަނެއް ކަމުގައި ހައްދަވާލެއްވިއެވެ.

Verse 34

إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍ ۖ نَّجَّيْنَـٰهُم بِسَحَرٍ

Transliteration innā arsalnā ʿalayhim ḥāṣiban illā āla lūṭin najjaynāhum bisaḥarin

Dhivehi ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް ގަދަ ވައެއް ފޮނުވީމެވެ. އެ ވަޔާއެކު ހިލަކޮޅުކޮޅު އެކުލެވިގެން ވެއެވެ. އެއީ عذاب ގެ ހިލަކޮޅުކޮޅެވެ. لوط ގެފާނުންގެ آل ން ނޫން އެހެން އެންމެންނަށް އެ عذاب ދިމާވިއެވެ. لوطގެފާނުންގެ آل ން ތިމަން ރަސްކަލާނގެ ސަލާމަތްކުރައްވާ މިންޖުކުރެއްވީމެވެ. އެއީ ފަތިސްވަގުތުގައެވެ.)

Verse 35

نِّعْمَةً مِّنْ عِندِنَا ۚ كَذَٰلِكَ نَجْزِى مَن شَكَرَ

Transliteration niʿ'matan min ʿindinā kadhālika najzī man shakara

Dhivehi އެއީ ތިމަން ރަސްކަލާނގެ حضرة ން އެބޭކަލުންނަށް ވާ نعمة އެއްގެ ގޮތުންނެވެ. ތިމަން ރަސްކަލާނގެ نعمة އަށް شكر ކުރާ މީހުންނަށް ތިމަން ރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

Verse 36

وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا۟ بِٱلنُّذُرِ

Transliteration walaqad andharahum baṭshatanā fatamāraw bil-nudhuri

Dhivehi އަދި ހަމަކަށަވަރުން އެކަލޭގެފާނު އެބަހީ لوط ގެފާނު އެ قوم ގެ މީހުންނަށް ތިމަން ރަސްކަލާނގެ عذاب އާއި، ކޯފާއާއި، އަދި ހިއްޕެވުމުގެ ވާހަކައިން އިންޒާރުކުރެއްވިއެވެ. ފަހެ އެމީހުން ވީ އެކަމަށް ޝައްކު ކުރާ މީހުން ކަމުގައެވެ. އަދި އެމީހުން އެކަލޭގެފާނުންގެ ބަސް ނާހައި جدل ކުރީއެވެ. އެ ހުރިހައި إنذار އަކަށާއި، އެ ރަސޫލާއަށް އިދިކޮޅުހަދައި ޖަދަލުކޮށް ހެދީއެވެ.

Verse 37

وَلَقَدْ رَٰوَدُوهُ عَن ضَيْفِهِۦ فَطَمَسْنَآ أَعْيُنَهُمْ فَذُوقُوا۟ عَذَابِى وَنُذُرِ

Transliteration walaqad rāwadūhu ʿan ḍayfihi faṭamasnā aʿyunahum fadhūqū ʿadhābī wanudhuri

Dhivehi ފަހެއެމީހުން ހަމަކަށަވަރުން އެކަލޭގެފާނުންގެ މެހުމާނުންގެ ގަޔަށް އަރައި ނުބައިކަންތައްކުރުމަށް ހީކުރިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ލޯތައް ކަނުކޮށްލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ޢަޒާބުގެރަހަ ކަލޭމެން ލިބިގަންނާށޭ އެމީހުންނަށް އެންގެވީމެވެ.

Verse 38

وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌ مُّسْتَقِرٌّ

Transliteration walaqad ṣabbaḥahum buk'ratan ʿadhābun mus'taqirrun

Dhivehi އަދި ހަމަކަށަވަރުން އެމީހުން އަވަސް އަވަހަށް ފަތިސްކުރީ ދެމިހުންނަނިވި عذاب އެއްގައެވެ. (އެބަހީ ބޮޑުފަތިހާ އަލިވާ ވަގުތު) އެމީހުންނަށް عذاب އައީއެވެ. އެއީ ދެމިހުންނަނިވި عذاب އެކެވެ. برزخ ގެ عالم ގައިވެސް އަދި آخرة ގައިވެސް އެމީހުންނަށް އެ عذاب ދެމިހުންނާނޭ ކަމަށް ވެއެވެ.

Verse 39

فَذُوقُوا۟ عَذَابِى وَنُذُرِ

Transliteration fadhūqū ʿadhābī wanudhuri

Dhivehi (އަދި އެމީހުންނަށް އެންގެވުނެވެ.) ތިމަން ރަސްކަލާނގެ عذاب އާއި، إنذار ގެ ރަހަ ކަލޭމެން ލިބިގަންނާށެވެ.

Verse 40

وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ

Transliteration walaqad yassarnā l-qur'āna lildhik'ri fahal min muddakirin

Dhivehi އަދި ދަސްކުރުމަށާއި، ވިސްނައި فكر ކުރުމަށް ތިމަން ރަސްކަލާނގެ قرآن ފަސޭހަކުރެއްވީމެވެ. ފަހެ وعظ އާއި، نصيحة އާއި، عبرة ލިބިގަންނަ އެކަކުވެސް އެބަ ވޭބާވައެވެ؟

Verse 41

وَلَقَدْ جَآءَ ءَالَ فِرْعَوْنَ ٱلنُّذُرُ

Transliteration walaqad jāa āla fir'ʿawna l-nudhuru

Dhivehi އަދި ހަމަކަށަވަރުން فرعون ގެ آل ންގެ ގާތަށްވެސް رسول ން ވަޑައިގަތެވެ. (އެއީ موسٰى عَلَيهِ السلام އާއި، هارون عَلَيهِ السلام އެވެ.)

Verse 42

كَذَّبُوا۟ بِـَٔايَـٰتِنَا كُلِّهَا فَأَخَذْنَـٰهُمْ أَخْذَ عَزِيزٍ مُّقْتَدِرٍ

Transliteration kadhabū biāyātinā kullihā fa-akhadhnāhum akhdha ʿazīzin muq'tadirin

Dhivehi އަދި އެމީހުން ތިމަން ރަސްކަލާނގެ އެންމެހައި معجزة ތައް ދޮގުކުރީއެވެ. (އެއީ ނުވަ معجزة ކަމުގައި ބުނެވެއެވެ.) ދެންފަހެ ހުރިހާ ކަމަކަށް ކުޅަދާނަ عزّة ތެރި، އަދި ބާރުގަދަ ފަރާތަކުން ހިފައިގަންނަ ގޮތަށް ތިމަން ރަސްކަލާނގެ އެމީހުން ހިއްޕެވީމެވެ. މަރައި، ހަލާކު ކުރެއްވީމެވެ.

Verse 43

أَكُفَّارُكُمْ خَيْرٌ مِّنْ أُو۟لَـٰٓئِكُمْ أَمْ لَكُم بَرَآءَةٌ فِى ٱلزُّبُرِ

Transliteration akuffārukum khayrun min ulāikum am lakum barāatun fī l-zuburi

Dhivehi (އޭ مكّة ގެ ކާފަރުންނޭވެ.) އިސްވެ ބަޔާންވެ އެދިޔަ امّة ތަކުގެ ކާފަރުންނަށް ވުރެ ކަލޭމެންގެ ކާފަރުން ވަކީން ހެވީ ހެއްޔެވެ؟ އެބަހީ ހެވެއް ނޫނެވެ. (ކަލޭމެން އެއަށްވުރެވެސް ނުބައި ބަޔަކު ކަމުގައި ވުމާއެކުވެސް عذاب ން ސަލާމަތް ވާނޭ ކަމުގެ أمّيد ތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟) ނުވަތަ އިސްވެދިޔަ نبي ބޭކަލުންނަށް ބާވައިލެއްވި ފޮތްތަކުގައި ކަލޭމެންނަށް براءة އެއް ވަނީ ހެއްޔެވެ؟ އެބަހީ ކަލޭމެން ނުބައިކޮށް އުޅުނަސް ﷲ ގެ عذاب ން ސަލާމަތް ވާނޭ ކަމުގެ ލިޔުމެއް ނުވަތަ ގަރަންޓީއެއް ވަނީ ހެއްޔެވެ؟

Verse 44

أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ

Transliteration am yaqūlūna naḥnu jamīʿun muntaṣirun

Dhivehi އަދި ނުވަތަ އަހުރެމެންނަކީ (މީހުން ގިނަވުމުގެ ގޮތުންނާއި، ބާރުގަދަވުމުގެ حيثيّة ން ބަލާއިރު) نصر ލިބޭނޭ جماعة އެއް ކަމުގައި އެމީހުން ބުނަނީ ހެއްޔެވެ؟

Verse 45

سَيُهْزَمُ ٱلْجَمْعُ وَيُوَلُّونَ ٱلدُّبُرَ

Transliteration sayuh'zamu l-jamʿu wayuwallūna l-dubura

Dhivehi ނިކަންހުރެ އެ جماعة ބަލިވެގެން ހިނގައިދާނެއެވެ. އަދި ފުރަގަސްދީ ދުވެ ފިލައިފާނެއެވެ. (ބަދުރު ހަނގުރާމައިގެ ދުވަހު ކަންވީ ހަމަ އެހެންނެވެ. އެމީހުން ދެރަވެ، އެ جماعة ރޫޅި ހަލާކުވެދިޔައީއެވެ. އެއީ ދުނިޔޭގެ عذاب އާއި، ދެރަކަމެވެ.)

Verse 46

بَلِ ٱلسَّاعَةُ مَوْعِدُهُمْ وَٱلسَّاعَةُ أَدْهَىٰ وَأَمَرُّ

Transliteration bali l-sāʿatu mawʿiduhum wal-sāʿatu adhā wa-amarru

Dhivehi އަދި ކިޔެއް ހެއްޔެވެ؟ قيامة ދުވަހަކީ ކަނޑައެޅިގެން އެމީހުންނަށް عذاب އޮންނާނޭ ކަމަށް وعد ވެވިގެންވާ ދުވަހެވެ. އަދި قيامة ދުވަހުގެ عذاب ގަދަފަދަކަން ބޮޑުވެފައި ބިރުވެރިކަން ބޮޑެވެ. އަދި ހިތިކަމާއި، ނުބައިކަން ގަދަވެގެން ވެއެވެ. (އެއީ ނަރަކައިގެ ވަންނިވަންނީގެ عذاب އާއި، ﷲ ގެ ކޯފާއެވެ.)

Verse 47

إِنَّ ٱلْمُجْرِمِينَ فِى ضَلَـٰلٍ وَسُعُرٍ

Transliteration inna l-muj'rimīna fī ḍalālin wasuʿurin

Dhivehi ހަމަކަށަވަރުން ކާފަރުން ވަނީ މަގުފުރެއްދުމެއްގައްޔާއި، އަދި حقّ އާ ދުރުވުމެއްގައެވެ. ނުވަތަ ކާފަރުން ވަނީ ދުނިޔޭގައި ކަނޑައެޅިގެން މަގުފުރެއްދުމެއްގައެވެ. އަދި އެމީހުންނަށް آخرة ދުވަހުން ވަނީ އަލިފާނުގެ عذاب އެވެ.

Verse 48

يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ

Transliteration yawma yus'ḥabūna fī l-nāri ʿalā wujūhihim dhūqū massa saqara

Dhivehi އެ ދުވަހަކީ އެމީހުން ނަރަކައިގެ ތެރެއަށް މޫނުވަތަށް ދަމަމުން ގެނެވޭ ދުވަހެވެ. (އަދި އެދުވަހުން އެމީހުންނަށް އެންގޭނެއެވެ.) ކަލޭމެން އެ ނަރަކައިގެ ގަދަ ހޫނުކަމާއި، ކެތް ނުކުރެވޭ ގަދަ عذاب ގެ ރަހަ ލިބިގަންނާށެވެ.

Verse 49

إِنَّا كُلَّ شَىْءٍ خَلَقْنَـٰهُ بِقَدَرٍ

Transliteration innā kulla shayin khalaqnāhu biqadarin

Dhivehi އަދި ހަމަކަށަވަރުން ކޮންމެ އެއްޗެއް (އަދި ކޮންމެ ކަމެއްވެސް) ތިމަން ރަސްކަލާނގެ ހެއްދެވީ ކަނޑައެޅި މިންވަރުވެގެންވާ ގޮތެއްގެ މަތީންނެވެ. އެކަލާނގެ، އިސްވެދިޔަ علم ފުޅުގައި ނިޔާކުރެވި އަދި لوح المحفوظ ގައި ލިޔެވި ރަޖިސްޓަރީ ވެފައިވާ ގޮތުގެ މަތީންނެވެ.

Verse 50

وَمَآ أَمْرُنَآ إِلَّا وَٰحِدَةٌ كَلَمْحٍۭ بِٱلْبَصَرِ

Transliteration wamā amrunā illā wāḥidatun kalamḥin bil-baṣari

Dhivehi އަދި ތިމަން ރަސްކަލާނގެ ކަންތައް އެންމެ كلمة އެއް ކަމުގައި ނޫނީ ނުވެއެވެ. ލޮލުގެ އެސްފިޔަ ޖަހައިލާހާ އަވަހަށް އެކަމެއް ވެ ނިމިގެން ހިނގައިދެއެވެ. (އެބަހީ ކޮންމެ ކަމަކަށްވެސް [ވާށޭ] މިހެން އެންގެވީމާ ލޮލުގެ އެސްފިޔަ ޖަހައިލާހާ އަވަހަށް އެކަމެއް ވެ ނިމުނީއެވެ.)

Verse 51

وَلَقَدْ أَهْلَكْنَآ أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍ

Transliteration walaqad ahlaknā ashyāʿakum fahal min muddakirin

Dhivehi (އޭ مكّة ގެ ކާފަރުންނޭވެ.) ހަމަކަށަވަރުން ކަލޭމެންފަދަ އެތައް ކާފަރުންނެއް ތިމަން ރަސްކަލާނގެ ހަލާކު ކުރައްވައި ނެތިކުރައްވައިފީމެވެ. (ކަލޭމެން ވަކީން އެމީހުންނަށްވުރެ ގަދައީ ހެއްޔެވެ؟) ފަހެ وعظ އާއި، نصيحة ލިބި عبرة އެއް حاصل ކުރާ އެކަކުވެސް ވޭ ބާވައެވެ؟

Verse 52

وَكُلُّ شَىْءٍ فَعَلُوهُ فِى ٱلزُّبُرِ

Transliteration wakullu shayin faʿalūhu fī l-zuburi

Dhivehi އަދި އެމީހުން ކުރި ހުރިހާ ކަމެއް (ހެވަސް، އަދި ނުބަޔަސް) لوح المحفوظ ގައި ލިޔެވި ނޯޓްކުރެވިގެން ވެއެވެ.

Verse 53

وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ

Transliteration wakullu ṣaghīrin wakabīrin mus'taṭarun

Dhivehi އަދި މީސްތަކުން ކުރާ ކިތަންމެ ކުޑަކަމެއް ނަމަވެސް އަދި ކިތަންމެ ބޮޑުކަމެއް ނަމަވެސް އެ އެއްޗެއް لوح المحفوظ ގައި ރަނގަޅަށް ލިޔެވި بيان ވެގެން ވެއެވެ.

Verse 54

إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَنَهَرٍ

Transliteration inna l-mutaqīna fī jannātin wanaharin

Dhivehi ހަމަކަށަވަރުން تقوى ވެރި މާތް މީހުން ވަނީ (قيامة ދުވަހުން) ބަގީޗާތަކުގައެވެ. ސުވަރުގެތަކުގައެވެ. އަދި ތަފާތުވެގެންވާ އާރުތަކުގެ نعمة ގައެވެ.

Verse 55

فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍۭ

Transliteration fī maqʿadi ṣid'qin ʿinda malīkin muq'tadirin

Dhivehi އެމީހުން ވަނީ އެދިވޮޑިގަތް ކޮންމެ ކަމަކަށް ކުޅަދުންވަންތަ ކަލެއްގެ حضرة ގައި ތެދުވެރި އަދި حقّ ވެގެންވާ مقام އެއްގައެވެ. އެކަލާނގެ ދެއްވާ كرامة އާއި، شرف ވެރިކަމުގެ ދަރަޖައިގައެވެ. والله أعلم.

Read Surah Al-Qamar in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.