MyDugsiStart learning

Surah Ad-Dukhan in Dhivehi: translation and audio

Surah 44 · الدخان · The Smoke · 59 verses

Surah Ad-Dukhan verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Ad-Dukhan word by word in English.

Verse 1

حمٓ

Transliteration hha-meem

Dhivehi حم މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.\n• ދަންނައެވެ. قرآن ގެ ބައެއް ސޫރަތް ފެށޭ ތަންތާ ހުންނަ މިބާވަތުގެ ވަކި އަކުރުތަކާމެދު مفسّر ންގެ މެދުގައި ތަފާތު ވާހަކަ ދެކެވިފައި ވެއެވެ. އެވާހަކަތަކުގެ خلاصة އިން مهمّ ދެ ފައިދާއެއް ކުރެވެއެވެ.\n1- އެއްކަމަކީ رسول الله ﷺ އަށް قرآن ބާވައިލެއްވުނު ވަގުތުގައި ތިބި ކާފަރުންނާއި، مشرك ންވެސް قرآن އަޑުއެހުމުން މަނާވެގަނެއެވެ. އެއީ އެއިން އަސަރެއްކޮށް، إيمان ވެވިދާނޭތީއެވެ. އެހެންވެ އެމީހުންގެ ތެރޭގައި مشهور ވެގެން ނުވާ صيغة ތަކަކުން - عبارة ތަކަކުން - އައީމާ ދެން އެ كلمة ތައް ބާރު އަޑުން އަޑުދަމާލާފައި ކީމާ އަހައިފި މީހާ އެޔާ ދިމާއަށް ކަންފަތް ދިއްކޮށްލުމުގެ شوق ވެރިކަން ބޮޑަށް އުފެދި ކޮންމެ ގޮތަކުންވެސް އަހައިލާ ހިތްވުމަކީ ގާތްކަމެކެވެ. އަދި އަހައިލައިފިއްޔާ ހިތަށް އަސަރުކޮށް، ތެދުމަގަށް واصل ވުން ގާތެވެ. މިއީ އެއް ފައިދާއެވެ.\n2- ދެވަނަ ފައިދާއަކީ، އެވަގުތު عربى ންގެ مشرك ންގެ دعوى އަކީ، قرآن އަކީ إلهى وحي އެއް ނޫންކަމެވެ. އަދި ކިޔެއްހެއްޔެވެ؟ އެއީ ޅެމެކެވެ. ނުވަތަ سحر އެކެވެ. ނުވަތަ كهين އެއްގެ ބަހެކެވެ. ނުވަތަ އިސްވެދިޔަ މީހުންގެ ބޭކާރު ވާހަކަތަކެކެވެ. އެހެންވެ ﷲ تعالى އެމީހުންނަށް ގޮންޖެއްސެވީއެވެ. އެފަދަ އެންމެ އާޔަތެއް ނުވަތަ ދިހަ ސޫރަތް، ނުވަތަ އެފަދަ قرآن އެއް އެމީހުންވެސް އެކުލެވުމަށް ގޮންޖެއްސެވީއެވެ. وحي ކުރައްވާ ކަހަލައެވެ. ކަލޭމެން ތިޔަ ބުނަނީ ތެދެއް ވިއްޔާ އެފަދަ قرآن އެއް ނިކަން ގެނަސްބަލާށެވެ. އެ ފޮތް އެވަނީ ހަމަ ކަލޭމެން ދަންނަ އަކުރުތައް ކަމުގައިވާ الم ފަދަ، حم ފަދަ، طس ފަދަ، ق ފަދަ މިފަދަ އަކުރުންނެވެ. ކަލޭމެންނަކީ ހަމަ ބަހަށް މޮޅު މާހިރުންނެވެ. މިއެވެ. މި އަކުރުތަކުގެ އެއް مَقْصَد އެއީކަމުގައި ވުންވެސް އެކަށީގެން ވެއެވެ. والله أعلم = تفسير أيسرالتّفاسير =

Verse 2

وَٱلْكِتَـٰبِ ٱلْمُبِينِ

Transliteration wal-kitābi l-mubīni

Dhivehi حكم ތައް ބަޔާންކޮށްދެއްވާ ފޮތް ގަންދެއްވައި ހުވައި وحي ކުރައްވަމެވެ.

Verse 3

إِنَّآ أَنزَلْنَـٰهُ فِى لَيْلَةٍ مُّبَـٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ

Transliteration innā anzalnāhu fī laylatin mubārakatin innā kunnā mundhirīna

Dhivehi ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ ފޮތް، يعني ކީރިތި قرآن ބާވައިލެއްވީ بركاة ތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ إنذار ކުރައްވާ ކަލަކީމެވެ. (އެހެންވެ ފޮތް ބާވައިލައްވައި، رسول ބޭކަލުން ފޮނުއްވައި، އަދި މިނޫންވެސް ގޮތްގޮތަށް إنذار ކުރައްވަމެވެ. އެއީ ނުކިޔަމަންތެރީންނަށް ދުނިޔެއާއި، آخرة ގައިވެސް ނުރައްކަލާއި، عذاب ހުރިކަމުގެ ވާހަކައިންނެވެ.

Verse 4

فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ

Transliteration fīhā yuf'raqu kullu amrin ḥakīmin

Dhivehi އަދި އެރޭ ކަނޑައެޅޭ ކޮންމެ حكم އެއް ތިމަން ރަސްކަލާނގެ تفصيل ކުރައްވައި، بيان ކުރައްވަމެވެ. ދަންނައެވެ. އެރެއަކީ ليلة القدر ވިލޭރެއެވެ. މިންވަރު ކުރައްވާ ރެއެވެ. އެރޭ އެކަލާނގެ އަންނަ އަހަރުގެ މަރުވާ މީހުންނާއި، ދިރުއްވާ މީހުން ހިމަނުއްވައި ރިޒުގުގެ ނިޔާތަކާއި، ހެވާއި، ނުބަޔާއި، ދެންވެސް އެކަލާނގެ އިރާދަކުރެއްވި ކޮންމެ ކަމެއް އެރޭ تفصيل ކުރައްވައި بيان ކުރައްވައެވެ. އެރެއަކީ رمضان މަހުގެ ރެއެއް ކަމަށް قرآن ގެ نصّ ން ސާބިތުވެއެވެ. شعبان މަހުގެ 15 ވިލޭރޭ ކަމަށް ބުނާ ރިވާޔަތެއްވެސް ވެއެވެ. އެހެން ނަމަވެސް އެއީ ضعيف ރިވާޔަތެކެވެ. = تفسير إبن كثير =

Verse 5

أَمْرًا مِّنْ عِندِنَآ ۚ إِنَّا كُنَّا مُرْسِلِينَ

Transliteration amran min ʿindinā innā kunnā mur'silīna

Dhivehi އެކަމަކީ ތިމަން ރަސްކަލާނގެ حضرة ން ވާ أمر އެކެވެ. އެބަހީ قرآن ބާވައިލެއްވުމަކީ ތިމަން ރަސްކަލާނގެ حضرة ން ވާ ކަމެކެވެ. އަދި އެރޭ، ކަންތައްތައް بيان ކުރައްވައި، تفصيل ކުރެއްވުމަކީ ތިމަން ރަސްކަލާނގެ حضرة ން ހިންގަވާ ކަމެކެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ رسول ބޭކަލުންނާއި، نبي ބޭކަލުން ފޮނުއްވަމެވެ.

Verse 6

رَحْمَةً مِّن رَّبِّكَ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ

Transliteration raḥmatan min rabbika innahu huwa l-samīʿu l-ʿalīmu

Dhivehi އޭ رسول الله އެވެ. އެކަމަކީ ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ رحمة އެކެވެ. (އެބަހީ ءادم ގެ ދަރީންގެ ގާތަށް رسول ބޭކަލުންނާއި، نبي ބޭކަލުން ފޮނުއްވައި، އަދި ފޮތްތައް ބާވައިލައްވަނީ އެއީ ތިމަން ރަސްކަލާނގެ رحمة އެވެ.) ހަމަކަށަވަރުން އެކަލާނގެއީ އަޅުތަކުންގެ އެންމެހައި އަޑުތަކެއް އައްސަވާވޮޑިގެން، އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 7

رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ

Transliteration rabbi l-samāwāti wal-arḍi wamā baynahumā in kuntum mūqinīna

Dhivehi އެކަލާނގެއީ އުޑުތަކާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެތީގެ ވެރި ކަލާނގެއެވެ. ربّ އެވެ. އެކަން ތިޔަބައިމީހުން يقين ކުރާނަމަ، ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނެއެވެ. އެހެންވެ އެކަލާނގެއަށް އަޅުކަން ކުރާށެވެ.

Verse 8

لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ

Transliteration lā ilāha illā huwa yuḥ'yī wayumītu rabbukum warabbu ābāikumu l-awalīna

Dhivehi އެކަލާނގެ ފިޔަވައި އަޅުކަންވެވުން حقّ އެއްވެސް إله އެއް ނުވެއެވެ. އެކަލާނގެއީ ތަކެތި ދިރުއްވާ، މަރުއްވާ ކަލާނގެއެވެ. އެކަލާނގެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ربّ އެވެ.

Verse 9

بَلْ هُمْ فِى شَكٍّ يَلْعَبُونَ

Transliteration bal hum fī shakkin yalʿabūna

Dhivehi އަދި ކިޔެއްހެއްޔެވެ؟ އެމީހުން އެވަނި ޝައްކެއްގައެވެ. (ﷲ ގެ އެއްކައުވަންތަ ކަމާއި، محشر އަށް ފޮނުއްވުމާއި، މިފަދަ ކަންކަމާމެދު އެމީހުން އެވަނީ شكّ އެއްގައެވެ. يقين އެއް ނުވެއެވެ.) އެމީހުން ކުޅެނީއެވެ. އެބަހީ ﷲ އީ އެމީހުން ހެއްދެވި ކަލާނގެ ކަމުގައިވެސް އެމީހުން إقرار ވެއެވެ. އުޑުތަކާއި، ބިން ހެއްދެވީ ކާކުތޯ އަހައިފިއްޔާވެސް އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. މިފަދަ إقرار ތަކުގައި އެމީހުން يقين އެއް ނޫނެވެ. يقين ނަމަ އެކަލާނގެއަށް އަޅުކަން ކުރުމަކަށް އިންކާރު ނުކުރީހެވެ. އެމީހުން ހަމަ ކުޅެނީއެވެ.

Verse 10

فَٱرْتَقِبْ يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍ مُّبِينٍ

Transliteration fa-ir'taqib yawma tatī l-samāu bidukhānin mubīnin

Dhivehi އޭ رسول الله އެވެ. އުޑު ދުންގަނޑެއްގެ ސިފައިގައި ފެންނަ ދުވަހަށް ކަލޭގެފާނު إنتظار ކުރައްވާށެވެ.

Verse 11

يَغْشَى ٱلنَّاسَ ۖ هَـٰذَا عَذَابٌ أَلِيمٌ

Transliteration yaghshā l-nāsa hādhā ʿadhābun alīmun

Dhivehi އެދުވަހުން އޭގައި މީސްތަކުން ނިވައިވެގެން ވެއެވެ. އަދި މީސްތަކުން ބުނާނެއެވެ. ނުވަތަ ﷲ އަންގަވާނެއެވެ. މިއީ ވޭންދެނިވި عذاب އެކެވެ.\n• ދަންނައެވެ. މި އާޔަތްތަކުގައި މި بيان ވެގެންވާ ދުމާ ދޭތެރޭ ދަންނަ ބޭކަލުންގެ مشهور ދެބަހެއް ވެއެވެ.\nފުރަތަމަ ބަހަކީ އެ ދުމަކީ އެއީ قيامة ވުމުގެ ތަންކޮޅެއް ކުރީން ދުނިޔެއަށް ފެތުރޭ ދުމެކެވެ. قيامة ގެ علامة އެކެވެ. ސާޅީސް ދުވަސް ވާނދެން އެ ދުންގަނޑު ބިންމަތީގައި ފެތުރިފައި ވާނޭކަމަށް ވެއެވެ.\nދެވަނަ ބަހަކީ މި އާޔަތުގައި މި بيان ކުރައްވާ ދުން مكّة ގެ قريش ންނަށް ދިމާވި ކަމަށެވެ. އެޒަމާނުގައި އެބަހީ رسول الله ﷺ دين އަށް ގޮވައިލައްވައި، އެމީހުން إيمان ނުވުމުން އެކަލޭގެފާނު އެމީހުންގެ މައްޗަށް ބަދު دعاء އެއް ކުރެއްވިއެވެ. އޭގެ ފަހުން އެމީހުންނަށް ތަދުމަޑުކަމެއް ދިމާވީއެވެ. ބަނޑުހައިވެގެންގޮސް ޖަނަވާރުގެ ކަށިވެސް ކާ ހިސާބަށް ދިޔައެވެ. އަދި ބައެއް مفسّر ން ލިޔުއްވާފައި ވަނީ ބައެއް މީހުން ކެހެރި ނުވަތަ ކަފަ ކައި، ލެއިބޮއި ހެދި ކަމުގައެވެ. އުޑާދިމާ މައްޗަށް ބަލައިލީމާ ފެންނަނީ ދުންގަނޑެއް ހެންނެވެ. އެއީ ބަނޑުހައިވެގެން ގޮސް ވާނުވާގޮތް ނޭނގިގެންނެވެ. ދެން އަލުންވެސް އެމީހުން رسول الله ﷺ އަރިހަށް ގޮސް އެމީހުން إيمان ވުމުގެ شرط ގެ މައްޗަށް އެކަން ލުއިކޮށްދެއްވައި، كشف ކޮށްދެއްވުން އެދުނެވެ. އެވާހަކަ ބާރަވަނަ އާޔަތާއި، ތޭރަވަނަ އާޔަތާއި، އޭގެ ފަހުގެ ދެ އާޔަތުގައި އެވަނީއެވެ. = أيسر التّفاسير - زبدة التّفسير =

Verse 12

رَّبَّنَا ٱكْشِفْ عَنَّا ٱلْعَذَابَ إِنَّا مُؤْمِنُونَ

Transliteration rabbanā ik'shif ʿannā l-ʿadhāba innā mu'minūna

Dhivehi (އެމީހުން رسول الله ﷺ މެދުވެރިކޮށް، ދެންނެވި ކަމުގައި ވެއެވެ.) އޭ އަޅަމެންގެ ربّ އެވެ. އަޅަމެންގެ ކިބައިން މި عذاب ނަންގަވައި، كشف ކުރައްވާނދޭވެ. ހަމަކަށަވަރުން مؤمن ން ކަމުގައި އަޅަ މެން ވާހުށީމެވެ. (މީގެ جواب ގައި ﷲ وحي ކުރެއްވިއެވެ.)

Verse 13

أَنَّىٰ لَهُمُ ٱلذِّكْرَىٰ وَقَدْ جَآءَهُمْ رَسُولٌ مُّبِينٌ

Transliteration annā lahumu l-dhik'rā waqad jāahum rasūlun mubīnun

Dhivehi އެމީހުން وعظ އާއި، نصيحة ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އެމީހުން ގާތަށް حقّ އާއި، باطل އޮޅުންފިލުވައިދޭނޭ، އަދި بيان ކޮށްދެއްވާ رسول ބޭކަލަކު ވަޑައިގެން އެ ހުންނެވީއެވެ. (އެއީ حقّ ތެދު رسول ބޭކަލަކުކަން އެމީހުން ރަނގަޅަށް ދަނެއެވެ.)

Verse 14

ثُمَّ تَوَلَّوْا۟ عَنْهُ وَقَالُوا۟ مُعَلَّمٌ مَّجْنُونٌ

Transliteration thumma tawallaw ʿanhu waqālū muʿallamun majnūnun

Dhivehi ދެން އެއަށްފަހު އެމީހުން އެ ރަސޫލާއާއި، އެ رسول އާ ގެންނެވި ތަކެއްޗަށް ފުރަގަސްދިނީއެވެ. އަދި އެމީހުން ބުނީ އެކަލޭގެފާނަކީ އެހެން ءادم ގެ ދަރިޔަކު އެކަލޭގެފާނަށް އުނގަންނައިދީފައިވާ މީހަކު ކަމަށެވެ. އަދި އެއީ މޮޔައެއް ކަމަށެވެ.

Verse 15

إِنَّا كَاشِفُوا۟ ٱلْعَذَابِ قَلِيلًا ۚ إِنَّكُمْ عَآئِدُونَ

Transliteration innā kāshifū l-ʿadhābi qalīlan innakum ʿāidūna

Dhivehi ދެން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން އެ عذاب، يعني އެ ތަދުމަޑުކަން ދުވަސްކޮޅަކަށް ނެންގެވީމެވެ. (އެއީ އެމީހުން إيمان ވޭތޯ ބެއްލެވުމަށެވެ.) އެމީހުން އަލުންވެސް އެމީހުން ކުރީން ތިބި ނުކިޔަމަންތެރިކަމަށް رجوع ވީއެވެ. شرك ކުރަން ފެށީއެވެ.

Verse 16

يَوْمَ نَبْطِشُ ٱلْبَطْشَةَ ٱلْكُبْرَىٰٓ إِنَّا مُنتَقِمُونَ

Transliteration yawma nabṭishu l-baṭshata l-kub'rā innā muntaqimūna

Dhivehi ގަދަވެގެންވާ ހިއްޕެވުމަކުން ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވާ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ.) ހަމަކަށަވަރުން އެމީހުންގެ ކިބައިން ބަދަލުހިއްޕަވާ ހުށީމެވެ.\nދަންނައެވެ. މިއާޔަތުގައި މި ނަންގަނެވޭ ދުވަހަކާމެދު ބަސް ތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ ބަދުރު ހަނގުރާމައިގެ ދުވަސް ކަމަށެވެ. ފަހެ مكّة ގެ قريش ންނަށް ދިމާވެފައި އޮތް ބަނޑުހައިހޫނުކަން ﷲ ލުއިކުރެއްވުމުންވެސް އެމީހުން އީމާން ނުވިއެވެ. ދެން ބަދުރު ހަނގުރާމައިގައި އެމީހުންގެ ތެރެއިން ނަގާކިޔަން އުޅުނު ބޮޑެތި ކާފަރުން ﷲ ހިއްޕަވައި، ދުނިޔޭގައިވެސް ދެރަކަން ދެއްކެވީއެވެ. އަދި آخرة ދުވަހުން ހުރީވެސް އަބަދީ عذاب އެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ މިއާޔަތުގައި މި ذكر ކުރެވޭ ދުވަހަކީ قيامة ދުވަސް ކަމަށެވެ. އެދުވަހުން އެމީހުންނަށް ގަދަވެގެންވާ عذاب ﷲ ދެއްވާ ހުއްޓެވެ. والله أعلم بالصّواب

Verse 17

۞ وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَآءَهُمْ رَسُولٌ كَرِيمٌ

Transliteration walaqad fatannā qablahum qawma fir'ʿawna wajāahum rasūlun karīmun

Dhivehi އަދި ހަމަކަށަވަރުން އެމީހުންގެ ކުރީން - އެބަހީ مكّة ގެ قريش ންގެ ކުރީން - ތިމަން ރަސްކަލާނގެ فرعون ގެ قوم ގެ މީހުން إمتحان ކުރީމެވެ. އަދި އެމީހުންގެ ގާތަށް މާތްވެގެންވާ رسول ބޭކަލަކު ވަޑައިގެންނެވިއެވެ. (އެއީ موسى عَلَيْه السلام އެވެ.)

Verse 18

أَنْ أَدُّوٓا۟ إِلَىَّ عِبَادَ ٱللَّهِ ۖ إِنِّى لَكُمْ رَسُولٌ أَمِينٌ

Transliteration an addū ilayya ʿibāda l-lahi innī lakum rasūlun amīnun

Dhivehi (އެކަލޭގެފާނު ވިދާޅުވިއެވެ.) ތިމަން ކަލޭގަފާނާއެކު ﷲ ގެ އަޅުތަކުން يعني بني إسرائيل ގެ މީހުން ފޮނުވައިދޭށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ކަލޭމެންނަށް ވާ أمانة ތެރި رسول އަކީމެވެ. (ތިމަން ކަލޭގެފާނު މި ރިސާލަތުގައި خيانة ތެރި ނުވާހުށީމެވެ.)

Verse 19

وَأَن لَّا تَعْلُوا۟ عَلَى ٱللَّهِ ۖ إِنِّىٓ ءَاتِيكُم بِسُلْطَـٰنٍ مُّبِينٍ

Transliteration wa-an lā taʿlū ʿalā l-lahi innī ātīkum bisul'ṭānin mubīnin

Dhivehi އަދި ތިޔަބައިމީހުން ﷲ ގެ މައްޗަށް ބޮޑާވެ، كبر ވެރިވެނުގަންނާށެވެ. (މަތިހަށި ނަގައި ނުއުޅޭށެވެ.) އެކަލާނގެއަށް ކިޔަމަންތެރި ވާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް بيان ވެގެންވާ دليل ގެނަސްދޭހުށީމެވެ. معجزة ގެނަސްދޭހުށީމެވެ.

Verse 20

وَإِنِّى عُذْتُ بِرَبِّى وَرَبِّكُمْ أَن تَرْجُمُونِ

Transliteration wa-innī ʿudh'tu birabbī warabbikum an tarjumūni

Dhivehi އަދި ހަމަކަށަވަރުން ތިމަން ކަލޭގެފާނު ތިމަންކަލޭގެފާނާއި، އަދި ކަލޭމެންގެވެސް ربّ ގެ حضرة ން ރައްކާތެރިކަމާއި، حماية މި އެދެނީ ކަލޭމެން ތިމަން ކަލޭގެފާނު رجم ކޮށްފާނޭތީއެވެ. ގަލުން ތަޅައި، މަރައިފާނޭތީއެވެ.

Verse 21

وَإِن لَّمْ تُؤْمِنُوا۟ لِى فَٱعْتَزِلُونِ

Transliteration wa-in lam tu'minū lī fa-iʿ'tazilūni

Dhivehi އަދި ކަލޭމެން ތިމަން ކަލޭގެފާނަށް إيمان ނުވަންޏާ އަދި ތިމަން ކަލޭގެފާނުންގެ ބަސްފުޅު ތެދުނުކުރަންޏާ ކަލޭމެން ތިމަން ކަލޭގެފާނު ދޫކޮށްލާށެވެ. (ތިމަން ކަލޭގެފާނަށް އަނިޔާކޮށް، އުނދަގޫ ނުކުރާށެވެ.)

Verse 22

فَدَعَا رَبَّهُۥٓ أَنَّ هَـٰٓؤُلَآءِ قَوْمٌ مُّجْرِمُونَ

Transliteration fadaʿā rabbahu anna hāulāi qawmun muj'rimūna

Dhivehi ދެންފަހެ އެކަލޭގެފާނުންގެ ربّ އަށް دعاء ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން މިބައިމީހުންނަކީ (يعني فرعون އާއި، އޭނާގެ قوم ގެ މީހުންނަކީ) ހަމަކަށަވަރުންވެސް مجرم ންނެވެ. ކުށްވެރީންނެވެ. ފާފަވެރީންނެވެ.

Verse 23

فَأَسْرِ بِعِبَادِى لَيْلًا إِنَّكُم مُّتَّبَعُونَ

Transliteration fa-asri biʿibādī laylan innakum muttabaʿūna

Dhivehi ފަހެ ﷲ އެކަލޭގެފާނުންގެ دعاء އިޖާބަކުރައްވައި وحي ކުރެއްވިއެވެ. (އޭ موسى عَلَيْه السلام އެވެ. ކަލޭގެފާނު ތިމަން ރަސްކަލާނގެ އަޅުތަކުންނާއިގެން، އެބަހީ ބަނީ އިސްރާއީލު މީހުންނާއިގެން އަވަސް އަވަހަށް (مصر ން) ނުކުމެވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަކީ تبع ވެވިގެންވާ ބައެކެވެ. އެބަހީ فرعون އާއި، އޭނާގެ لشكر ތިޔަބައިމީހުންނާ تبع ވެގެން އަންނާނެއެވެ.

Verse 24

وَٱتْرُكِ ٱلْبَحْرَ رَهْوًا ۖ إِنَّهُمْ جُندٌ مُّغْرَقُونَ

Transliteration wa-ut'ruki l-baḥra rahwan innahum jundun mugh'raqūna

Dhivehi އަދި ކަނޑު ހަމަހިމޭންކޮށް، حركاة އެއް ނުކުރާ ގޮތަށް ދޫކޮށްލާފައި ބަހައްޓާށެވެ. ހަމަކަށަވަރުން އެމީހުންނަކީ - فرعون އާއި، އޭނާގެ لشكر އަކީ - ކަނޑުގައި غرق ވެވޭނޭ ބައެކެވެ. ދަންނައެވެ. މިތަނުން މި އިޝާރަތްވަނީ موسى عَلَيْه السلام ﷲ ގެ أمر ފުޅަށް ކަނޑުގައި އެކަލޭގެފާނުންގެ އަސާކޮޅުން ޖެއްސެވީމާ، ކަނޑުގެ ފެންގަނޑު ބައިބައިވެ، މައްޗަށް އަރައި، ހުއްޓިފައި ހުރިކަމާއި ދެން ކަނޑުގެ އެ މަގުތަކުން بني إسرائيل ގެ މީހުން ކަނޑުގެ އަނެއް ފަރާތަށް އެރީމާވެސް ކަނޑު އެހުރިގޮތަށްموسى عَلَيْه السلام قصد ފުޅުކުރެއްވީ ފަހަތުން فرعون އާއި، އޭނާގެ لشكر އައުމުގެ ކުރީން ކަނޑުގައި ދެވަނަ ފަހަރަށް އަސާކޮޅުން ޖައްސަވައި ކަނޑު އެއްވަރުކުރައްވާށެވެ. އެހެންވެ ﷲ އެންގެވީ ކަނޑު އެގޮތަށް ބެހެއްޓެވުމަށެވެ. އެއީ فرعون އާއި، އޭނާގެ لشكر ކަނޑަށް ވަދެގަންނާނދެނެވެ. ވަދެގަތީމާ، ދެން ކަނޑު އިހު އޮތްގޮތަށް، ﷲ ހެއްދެވުމަށެވެ. ކަން ވީވެސް އެހެންނެވެ. فرعون އާއި، އޭނާގެ لشكر މަރުވީ ކަނޑުގައި غرق ވެގެންނެވެ. އެމީހުން ކަނޑުގެ ތެރެއަށް ވެދެގަތުމުން ހަމަ އާދައިގެ ގޮތަށް ކަނޑު ދިޔައިކުރައްވައި، ކަނޑަކަށް ހެއްދެވީއެވެ.

Verse 25

كَمْ تَرَكُوا۟ مِن جَنَّـٰتٍ وَعُيُونٍ

Transliteration kam tarakū min jannātin waʿuyūnin

Dhivehi އެބައިމީހުން، يعني فرعون އާއި، އޭނާގެ لشكر ގެ މީހުން، ކިހައި ބަގީޗާއަކާއި، ކިހައި ކޯރަކާއި، އަދި

Verse 26

وَزُرُوعٍ وَمَقَامٍ كَرِيمٍ

Transliteration wazurūʿin wamaqāmin karīmin

Dhivehi ކިހައި ދަނޑުބިމަކާއި، އަދި ރަނގަޅުވެގެންވާ ގެތަކާއި، ކިހައިވަރަކަށް ދޫކުރި ހެއްޔެވެ؟ (އެބަހީ އެބާވަތުގެ ވަރަށް ގިނަ އެއްޗެތި އެމީހުން ދޫކުރިއެވެ.)

Verse 27

وَنَعْمَةٍ كَانُوا۟ فِيهَا فَـٰكِهِينَ

Transliteration wanaʿmatin kānū fīhā fākihīna

Dhivehi އަދި މިނޫންވެސް ކިހައި ގިނަ މުދަލާއި، نعمة ގައި އެމީހުން މަޖާނެގި ކަމުގައި ވިހެއްޔެވެ؟ އެބަހީ ވަރަށްގިނަ نعمة އާއި، އަރާމުގައި އެމީހުން މަޖާނެގިއެވެ.

Verse 28

كَذَٰلِكَ ۖ وَأَوْرَثْنَـٰهَا قَوْمًا ءَاخَرِينَ

Transliteration kadhālika wa-awrathnāhā qawman ākharīna

Dhivehi އަދި ހަމަ އެފަދައިން އެ މުދާތަކާއި، އެ ބަގީޗާތަކާއި، ކޯރުތަކާއި، އެ ހުރިހައި ތަކެތި ތިމަން ރަސްކަލާނގެ އެހެން ބަޔަކަށް ވާރުތަކޮށްދެއްވީމެވެ. އެބަޔަކީ އެއީ بني إسرائيل ންނެވެ.

Verse 29

فَمَا بَكَتْ عَلَيْهِمُ ٱلسَّمَآءُ وَٱلْأَرْضُ وَمَا كَانُوا۟ مُنظَرِينَ

Transliteration famā bakat ʿalayhimu l-samāu wal-arḍu wamā kānū munẓarīna

Dhivehi ދެންފަހެ فرعون އާއި، އޭނާގެ لشكر ކަނޑުގައި غرق ވެ، މަރުވެގެން ދިޔައޭ ކިޔާފައި، އުޑާއި، ބިންވެސް އެކަމާ ހިތާމައިން ރޮއިލީއެއްވެސް ނޫނެވެ. (فرعون އަކީ އޭނާ ބުނިގޮތުން ކަލާނގެ ކަމުގައި ވީނަމަ، ކަލާނގެ މަރުވެގެން ރޯންޖެހުނީހެވެ. އެއިންވެސް ސާބިތުވަނީ އޭނާގެ ދޮގުވެރިކަމެވެ. އަދި އެމީހުން މަރުވާން ދިމާވި ވަގުތު އެމީހުންނަށް އެއްވެސް ތަންވަޅެއް، مهلة އެއް، އަދި إنتظار އެއްވެސް ނުލިބުނެވެ.)

Verse 30

وَلَقَدْ نَجَّيْنَا بَنِىٓ إِسْرَٰٓءِيلَ مِنَ ٱلْعَذَابِ ٱلْمُهِينِ

Transliteration walaqad najjaynā banī is'rāīla mina l-ʿadhābi l-muhīni

Dhivehi އަދި ހަމަކަށަވަރުން އިހާނާތްތެރި ވެގެންވާ عذاب ން (ނުބައި އުނދަގުލުން) ތިމަން ރަސްކަލާނގެ بني إسرائيل ގެ މީހުން ސަލާމަތްކުރެއްވީމެވެ.

Verse 31

مِن فِرْعَوْنَ ۚ إِنَّهُۥ كَانَ عَالِيًا مِّنَ ٱلْمُسْرِفِينَ

Transliteration min fir'ʿawna innahu kāna ʿāliyan mina l-mus'rifīna

Dhivehi އެއީ فرعون ގެ ކިބައިންނެވެ. (فرعون ގެ ނުބައި އަނިޔާއިންނެވެ.) ހަމަކަށަވަރުން އެ فرعون އަކީ ކާފަރުކަމާއި، އުރެދުމުގައި މަތީ ވަނައެއްގައި ވާ މީހަކު ކަމުގައި ވިއެވެ.

Verse 32

وَلَقَدِ ٱخْتَرْنَـٰهُمْ عَلَىٰ عِلْمٍ عَلَى ٱلْعَـٰلَمِينَ

Transliteration walaqadi ikh'tarnāhum ʿalā ʿil'min ʿalā l-ʿālamīna

Dhivehi އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެމީހުން، يعني ބަނީ އިސްރާއީލުންގެ މީހުން އޭރު ދުނިޔޭގައި ތިބި އެންމެހައި މީސްތަކުންގެ މައްޗަށް خاصّ ކުރައްވައި، إختيار ކުރެއްވީމެވެ. އެއީ ތިމަން ރަސްކަލާނގެ ފުރިހަމަ ދެނެވޮޑިގަތުމުގެ މަތީންނެވެ. (އެމީހުން إختيار ކުރެއްވީ އެމީހުންގެ ތެރެއިން ގިނަ ރަސޫލު ބޭކަލުން ވަޑައިގަތުމުގެ ސަބަބުންނާއި، އަދި موسى عَليه السلام ގެ އަރިހުގައި އެމީހުން އުފުލި ބުރަތަކާއި، ކެތްތެރިކަމުގެ ސަބަބުންނާވެސް އެކުގައެވެ.)

Verse 33

وَءَاتَيْنَـٰهُم مِّنَ ٱلْـَٔايَـٰتِ مَا فِيهِ بَلَـٰٓؤٌا۟ مُّبِينٌ

Transliteration waātaynāhum mina l-āyāti mā fīhi balāon mubīnun

Dhivehi އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ބޮޑެތިވެގެންވާ معجزات ތައް އެމީހުންނަށް ދެއްވީމެވެ. އެ ކަންކަމުގައި بيان ވެގެންވާ إمتحان އާއި، ގޮތް ބެއްލެވުންތައް އެކުލެވިގެން ވެއެވެ. (އެމީހުންނަށް ﷲ ދެއްކެވި معجزات ތަކުގެ ތެރޭގައި فرعون ގެ އަތްދަށުން އެމީހުން ސަލާމަތް ކުރެއްވުމާއި، އެމީހުންނަށް ޓަކައި ކަނޑު ފެޅުއްވުމާއި ވިލާގަނޑު ހިޔާއެޅުމާއި، منّ އާއި سلوى ބާވައިލެއްވުމާއި، އަދި މިނޫންވެސް ކަންކަން ވެއެވެ.)

Verse 34

إِنَّ هَـٰٓؤُلَآءِ لَيَقُولُونَ

Transliteration inna hāulāi layaqūlūna

Dhivehi ހަމަކަށަވަރުން މިމީހުން يعني مكّة ގެ مشرك ން އެ ބުނަނީއެވެ.

Verse 35

إِنْ هِىَ إِلَّا مَوْتَتُنَا ٱلْأُولَىٰ وَمَا نَحْنُ بِمُنشَرِينَ

Transliteration in hiya illā mawtatunā l-ūlā wamā naḥnu bimunsharīna

Dhivehi އަހުރެމެން މި ދުނިޔޭގައި މަރުވާ މަރުވުން ނިމުނީމާ ދެން ނިމުނީއެވެ. އޭގެފަހުން ދެން އިތުރު حياة އެއް ނޯންނާނެއެވެ. އަހުރެމެންނަކީ އެއްގޮތަކަށްވެސް ދިރިގެން، ދެވަނަ ފަހަރަށް ފޮނުވޭނޭ ބަޔަކު ކަމުގައި ނުވެއެވެ.

Verse 36

فَأْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ

Transliteration fatū biābāinā in kuntum ṣādiqīna

Dhivehi (އޭ محمّد ގެފާނެވެ.) ތިޔަ ވިދާޅުވަނީ ތެދެއް ކަމުގައި ވަންޏާ، އަހުރެމެންގެ އިސްވެދިޔަ ކާބަފައިން ނިކަން ދިރުވައިގެން ގެނަސްދީބަލާށެވެ. (އެމީހުންގެ މި ބަހަކީ ވަރަށް ދަށުދަރަޖައިގެ ބަހެކެވެ. ދުނިޔޭގައި ދިރުވައިގެން ގެންނާނޭ ވާހަކައެއް އެއްވެސް ބޭކަލަކު ވިދާޅެއް ނުވެއެވެ. ކޮންމެ ބޭކަލަކުވެސް ވިދާޅުވަނީ قيامة ދުވަހުން މީސްތަކުން ދިރުއްވައި، حساب ބައްލަވާނޭ ވާހަކައެވެ. އެހެންވީއިރު، އެމީހުންގެ އެ ދަލީލަކީ، އެ ވާހަކައަކީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ.)

Verse 37

أَهُمْ خَيْرٌ أَمْ قَوْمُ تُبَّعٍ وَٱلَّذِينَ مِن قَبْلِهِمْ ۚ أَهْلَكْنَـٰهُمْ ۖ إِنَّهُمْ كَانُوا۟ مُجْرِمِينَ

Transliteration ahum khayrun am qawmu tubbaʿin wa-alladhīna min qablihim ahlaknāhum innahum kānū muj'rimīna

Dhivehi يمن ކަރައިގެ حمير ވަންހައިގެ تُبَّع ވަންހައިގެ މީހުންނާއި، ދެންވެސް އޭގެ ކުރީން އިސްވެދިޔަ (نوح قوم - عاد - އަދި ثمود ފަދަ) قوم ތަކަށްވުރެ މިމީހުން، يعني މި قريش ންގެ މީހުން ވަކި ހެވީ ހެއްޔެވެ؟ ބާރު ގަދަވެފައި، މުދާ ގިނައީ ހެއްޔެވެ؟ (އެހެން ނޫނެވެ. އެމީހުން، މުދާ މާ ގިނަވެފައި وصيلة ތައް ގިނައެވެ. މާ ގަދަފަދައެވެ.) ނަމަވެސް އެމީހުންވެސް (ނުކިޔަމަންތެރި ވީހިނދުން) ތިމަން ރަސްކަލާނގެ އެމީހުން ހަލާކު ކުރެއްވީމެވެ. އެމީހުން ވީ ކަނޑައެޅިގެން ނުބައި، ނުލަފާ مجرم ން ކަމުގައެވެ. مشرك ން ކަމުގައެވެ. قريش ންނަށްވެސް ވާނީ ހަމަ އެގޮތެވެ. ނުކިޔަމަންތެރި ވެއްޖެއްޔާ ހަމަ ހަލާކު ކުރައްވާ ހުށީމެވެ.)

Verse 38

وَمَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ

Transliteration wamā khalaqnā l-samāwāti wal-arḍa wamā baynahumā lāʿibīna

Dhivehi އުޑާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެއްޗާއި، މިތަކެތި ކުޅިވަރު ގޮތެއްގައި ތިމަން ރަސްކަލާނގެ ނުހައްދަވަމެވެ.

Verse 39

مَا خَلَقْنَـٰهُمَآ إِلَّا بِٱلْحَقِّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

Transliteration mā khalaqnāhumā illā bil-ḥaqi walākinna aktharahum lā yaʿlamūna

Dhivehi ހަމަ حقّ ގޮތުގައި މެނުވީ ތިމަން ރަސްކަލާނގެ އެ ތަންތަން، يعني އުޑާއި، ބިން ނުހައްދަވަމެވެ. (އެބަހީ އެ ތަންތަން ހެއްދެވީ ހަމަ حقّ ގޮތުގައެވެ. ބޮޑުވެގެންވާ حكمة އަކަށް ޓަކައެވެ.)

Verse 40

إِنَّ يَوْمَ ٱلْفَصْلِ مِيقَـٰتُهُمْ أَجْمَعِينَ

Transliteration inna yawma l-faṣli mīqātuhum ajmaʿīna

Dhivehi ހަމަކަށަވަރުން ހުރިހާ ތަކެތި ވަކިކުރައްވާ، قيامة ދުވަސް އެއީ އެ ހުރިހާ މީހުން جمع ކުރައްވާ ދުވަހެވެ. (ހެޔޮ މީހުންނާއި، ނުބައި މީހުން، ރަނގަޅާއި، ނުބައި، حقّ އާއި، باطل... މި ހުރިހައި ތަކެތި ވަކިކުރައްވައި ފުރިހަމަ ޖަޒާ ދެއްވާނެއެވެ.)

Verse 41

يَوْمَ لَا يُغْنِى مَوْلًى عَن مَّوْلًى شَيْـًٔا وَلَا هُمْ يُنصَرُونَ

Transliteration yawma lā yugh'nī mawlan ʿan mawlan shayan walā hum yunṣarūna

Dhivehi އެދުވަހުން އެއްވެސް ގާތްމީހަކަށްވެސް، ގާތް އަނެއް މީހަކަށް އެއްވެސް ކަމެއް (ﷲ ގެ إذن ޔާ ނުލައި) ފުއްދައި ނުދެވޭނެއެވެ. އެކަކުގެ ފާފަ އަނެކަކު ނުއުފުލާނެއެވެ. އަދި އެއްވެސް نصر އެއް ލިބޭނޭ ބަޔަކު ކަމުގައި އެމީހުން ނުވެއެވެ. (އެބަހީ ﷲ ގެ عذاب ކަނޑައެޅިފައި އޮތް މީހަކަށް އެ عذاب ދުރުކޮށްދެނޭ ހަމަ އެކަކުވެސް ﷲ މެނުވީ ނުވެއެވެ.)

Verse 42

إِلَّا مَن رَّحِمَ ٱللَّهُ ۚ إِنَّهُۥ هُوَ ٱلْعَزِيزُ ٱلرَّحِيمُ

Transliteration illā man raḥima l-lahu innahu huwa l-ʿazīzu l-raḥīmu

Dhivehi ހަމައެކަނި ﷲ އެމީހަކަށް رحمة ލެއްވި މީހަކު މެނުވީއެވެ. ހަމަކަށަވަރުން އެކަލާނގެއީ عزّة ވަންތަ، އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 43

إِنَّ شَجَرَتَ ٱلزَّقُّومِ

Transliteration inna shajarata l-zaqūmi

Dhivehi ހަމަކަށަވަރުން زقّوم ގަސް (ދަންނައެވެ.)

Verse 44

طَعَامُ ٱلْأَثِيمِ

Transliteration ṭaʿāmu l-athīmi

Dhivehi އެއީ ފާފަވެރީންގެ ކާނާއެވެ.

Verse 45

كَٱلْمُهْلِ يَغْلِى فِى ٱلْبُطُونِ

Transliteration kal-muh'li yaghlī fī l-buṭūni

Dhivehi ތެލުގެ ގަރުގަނޑެއް ފަދައިން، ނުވަތަ ވިރިފައި ހުންނަ ރަންވަންލޯ ފަދައިން ބަނޑުގެ ތެރޭގައި އެތަކެތި ކެކެއެވެ.

Verse 46

كَغَلْىِ ٱلْحَمِيمِ

Transliteration kaghalyi l-ḥamīmi

Dhivehi އެތަކެތި ކެކެނީ އެންމެ ހޫނުގަދަ ފެން ކެކޭފަދައިންނެވެ.

Verse 47

خُذُوهُ فَٱعْتِلُوهُ إِلَىٰ سَوَآءِ ٱلْجَحِيمِ

Transliteration khudhūhu fa-iʿ'tilūhu ilā sawāi l-jaḥīmi

Dhivehi (ނަރަކައިގެ زبانيّة މަލާއިކަތުންނަށް އެންގެވޭނެއެވެ.) ތިޔަ ބޭކަލުން އޭނާ، يعني އެ ކުށްވެރި ފާފަވެރިޔާ ހިފަހައްޓާށެވެ. އަދި ގަދަފަދަކަމާއެކު އޭނާ ދަމާފައި ގެންދާށެވެ. އަދި ނަރަކައިގެ މެދަށް އޭނާ ވައްޓައިލާށެވެ.

Verse 48

ثُمَّ صُبُّوا۟ فَوْقَ رَأْسِهِۦ مِنْ عَذَابِ ٱلْحَمِيمِ

Transliteration thumma ṣubbū fawqa rasihi min ʿadhābi l-ḥamīmi

Dhivehi އަދި އެންމެގަދަ ހޫނު ފެނުގެ ގަދަ عذاب އޭނާގެ ބޮލަށް އޮއްސާށެވެ.

Verse 49

ذُقْ إِنَّكَ أَنتَ ٱلْعَزِيزُ ٱلْكَرِيمُ

Transliteration dhuq innaka anta l-ʿazīzu l-karīmu

Dhivehi (އަދި އޭނާއަށް ތިޔަ ބޭކަލުން / އެ ކުށްވެރި ކަލޭގެއަށް ވިދާޅުވާށެވެ.) ކަލޭ މި عذاب ގެ ރަހަ ލިބިގަންނާށެވެ. ކަލެޔަކީ عزّة ތެރި، މާތް މީހާއެވެ. (މިއީ މަލާމާތުގެ ރާގަކަށް ވިދާޅުވާ، ވިދާޅުވުމެކެވެ.) ދަންނައެވެ. މި އާޔަތުގައި އެވާ "ކަލެޔަކީ عزّة ތެރި، މާތް މީހާއެވެ." މިހެން އެވަނީ ނަރަކައިގައި أبو جهل އަށް عذاب ދެއްވޭ ވަގުތު އޭނާޔާ ދިމާއަށް ބުނެވޭ މަލާމާތުގެ ބަސްފުޅެއް ކަމުގައި ވެއެވެ. އެކަން އެހެން ދިމާވި ސަބަބެއް ކަމުގައި ވަނީ رسول الله ﷺ އޭނާއަށް دين ގެ ވާހަކަ ދެއްކެވި ވަގުތެއްގައި އޭނާ ދެންނެވީ "ކަލޭގެފާނަކަށްވެސް، އަދި ކަލޭގެފާނުންގެ ސާހިބާއަކަށްވެސް އަހުރެންނަށް އެއްވެސް ގޮތެއް ނެހެދޭނެއެވެ. އަހުރެންނަކީ މި بطماء ގައިވާ އެންމެ ގަދަފަދަ މީހާއެވެ. އަހުރެންނަކީ العزيز الكريم އެވެ. (يعني އަހުރެންނަކީ عزّة ތެރި، މާތް މީހާއެވެ.) " އެކަމުގެ މުނާސަބަތުގައި ނަރަކައިން عذاب ދެއްވޭ ވަގުތު އެ كلمة އޭނާއަށް ހަނދާންކޮށްދެއްވީއެވެ. والله أعلم.

Verse 50

إِنَّ هَـٰذَا مَا كُنتُم بِهِۦ تَمْتَرُونَ

Transliteration inna hādhā mā kuntum bihi tamtarūna

Dhivehi ހަމަކަށަވަރުން ތިޔަ عذاب އަކީ ތިޔަބައިމީހުން ދުނިޔޭގައި އެޔާމެދު ޝައްކު ކުރަމުންދިޔަ عذاب އެވެ.

Verse 51

إِنَّ ٱلْمُتَّقِينَ فِى مَقَامٍ أَمِينٍ

Transliteration inna l-mutaqīna fī maqāmin amīnin

Dhivehi ހަމަކަށަވަރުން تقوى ވެރީން - އެބަހީ ﷲ އަށް ބިރުވެތިވެ، ކިޔަމަންތެރިވީ މީސްތަކުން - قيامة ދުވަހުން ތިބޭހުށީ އަމާން ވެގެންވާ ތަންތާނގައެވެ. مجلس ތަކުގައެވެ. އެއީ ސުވަރުގޭގައެވެ.

Verse 52

فِى جَنَّـٰتٍ وَعُيُونٍ

Transliteration fī jannātin waʿuyūnin

Dhivehi ސުވަރުގެތަކުގައްޔާއި، އެތާނގެ އެކިއެކި އާރުތަކުގެ نعمة ގައެވެ.

Verse 53

يَلْبَسُونَ مِن سُندُسٍ وَإِسْتَبْرَقٍ مُّتَقَـٰبِلِينَ

Transliteration yalbasūna min sundusin wa-is'tabraqin mutaqābilīna

Dhivehi އެމީހުން ސުވަރުގޭގައި ފަށުއި ފޭރާމުގެ ތުނިވައްތަރާއި، އޭގެ ބޯވައްތަރުގެ ފޭރާން ލާނެއެވެ. އެމީހުން އެތާ ތިބޭނީވެސް އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލައިގެންނެވެ. (އެބައިމީހުން ތިބޭ އެނދުދާންކޮޅުތައް ބޭނުން ދިމާލަކަށް އެނބުރޭ ހުއްޓެވެ.)

Verse 54

كَذَٰلِكَ وَزَوَّجْنَـٰهُم بِحُورٍ عِينٍ

Transliteration kadhālika wazawwajnāhum biḥūrin ʿīnin

Dhivehi (ސުވަރުގޭގައި) ކަންތައް ހުންނާނީ އެފަދައިންނެވެ. އަދި ލޯ ތަނަވަސްވެގެންވާ، ދޮން، ރީތި އަންހެން ކުދީންނާ (حورالعين ންނާ) ތިމަން ރަސްކަލާނގެ އެމީހުންނާ ކާވެނި ކޮށްދެއްވާ ހުށީމެވެ.

Verse 55

يَدْعُونَ فِيهَا بِكُلِّ فَـٰكِهَةٍ ءَامِنِينَ

Transliteration yadʿūna fīhā bikulli fākihatin āminīna

Dhivehi އަދި އެއްވެސް ބާވަތެއްގެ ބިރެއް، އަދި ގެއްލުމެއްނެތް މޭވާގެ ކޮންމެ ބާވަތެއްގެ މޭވާ ގެނައުމަށް ގޮވާނެއެވެ. (ނުވަތަ އެމީހުން އަމާން ވެގެންވާ حال ގައި، ހުރިހައި ބާވަތެއްގެ މޭވާ ގެނައުމަށް، އެތާނގެ خادم ންނަށް ގޮވާނެއެވެ.)

Verse 56

لَا يَذُوقُونَ فِيهَا ٱلْمَوْتَ إِلَّا ٱلْمَوْتَةَ ٱلْأُولَىٰ ۖ وَوَقَىٰهُمْ عَذَابَ ٱلْجَحِيمِ

Transliteration lā yadhūqūna fīhā l-mawta illā l-mawtata l-ūlā wawaqāhum ʿadhāba l-jaḥīmi

Dhivehi ފުރަތަމަ ފަހަރު (ދުނިޔޭގެ حياة ގެ ނިމުމެއް ކަމުގައިވި) ފުރަތަމަ މަރު ނޫނީ އެމީހުން އެ ސުވަރުގޭގައި މަރުގެ ރަހަ ނުދެކޭނެއެވެ. (ދުވަހަކު މަރުނުވާނެއެވެ. އެފަދަ ބޮޑު نعمة ގައި އެމީހުން ތިބޭނީ އަބަދީ حياة އެއްގައެވެ.) އަދި ނަރަކައިގެ عذاب ން އެކަލާނގެ އެމީހުން ސަލާމަތް ކުރައްވާ ހުއްޓެވެ.

Verse 57

فَضْلًا مِّن رَّبِّكَ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ

Transliteration faḍlan min rabbika dhālika huwa l-fawzu l-ʿaẓīmu

Dhivehi (އޭ رسول الله އެވެ.) އެ ހުރިހައި نعمة އަކީ ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ حضرة ންވާ فضل ވަންތަވެރި ކަމެއްގެ ގޮތުންނެވެ. إحسان ވަންތަ ކަމެއްގެ ގޮތުންނެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

Verse 58

فَإِنَّمَا يَسَّرْنَـٰهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ

Transliteration fa-innamā yassarnāhu bilisānika laʿallahum yatadhakkarūna

Dhivehi ފަހެ ތިމަން ރަސްކަލާނގެ އެ قرآن ފަސޭހަކުރެއްވީމެވެ. އެއީ ކަލޭގެފާނުގެ ބަސް ކަމުގައިވާ عرب ބަހުން ބާވައިލެއްވީމައެވެ. އެއީ އެމީހުން وعظ އާއި، نصيحة ލިބިގަނޭތޯއެވެ.

Verse 59

فَٱرْتَقِبْ إِنَّهُم مُّرْتَقِبُونَ

Transliteration fa-ir'taqib innahum mur'taqibūna

Dhivehi ފަހެ ކަލޭގެފާނު إنتظار ކުރައްވާށެވެ. ހަމަކަށަވަރުން އެމީހުންވެސް އެއީ إنتظار ކުރާ ބައެކެވެ. (އެބަހީ، އެމީހުންގެ މައްޗަށް ކަލޭގެފާނަށް ލިބިވަޑައިގަންނަވާނޭ نصر އާއި، كاميابى އަށް ކަލޭގެފާނު إنتظار ކުރައްވާށެވެ. އަދި އެމީހުން އެ إنتظار ކުރަނީ ކަލޭގެފާނަށް ގެއްލުމާއި، ހަލާކު ލިބުމަށެވެ. އަދި ކަލޭގެފާނު އަވަހާރަވުމަށެވެ.

Read Surah Ad-Dukhan in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.