Surah Ibrahim in Dhivehi: translation and audio
Surah 14 · ابراهيم · Abraham · 52 verses
Surah Ibrahim verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Ibrahim word by word in English.
Verse 1
الٓر ۚ كِتَـٰبٌ أَنزَلْنَـٰهُ إِلَيْكَ لِتُخْرِجَ ٱلنَّاسَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ
Transliteration alif-lam-ra kitābun anzalnāhu ilayka litukh'rija l-nāsa mina l-ẓulumāti ilā l-nūri bi-idh'ni rabbihim ilā ṣirāṭi l-ʿazīzi l-ḥamīdi
Dhivehi ބައެއް ސޫރަތް ފެށޭތަންތާ އެހުންނަ ވަކިއަކުރުގެ މުރާދެއް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އަޅުތަކުންނަށް އޭގެ މާނަތައް ފުރިހަމައަށް އަންގަވާފައި ނުވާތީ مفسّر ންނާއި عالم ންނަށްވެސް ވަނީ خيال އާއި ލަފާއެވެ. މިސޫރަތް ފެށޭތާވެސް މިއީ ހަމަ އެމޭރުމުންވާ އަކުރުތަކެކެވެ. والله أعلم. (އޭ رسول ﷲ އެވެ!) މި قرآن އަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ ފޮތެކެވެ. (ކާފަރުކަމާއި މަގުފުރެދުމާއި جاهل ކަމުގެ އަނދިރިކަމުގެ ތެރެއިން) ކަލޭގެފާނު މީސްތަކުން ނެރުއްވައި އީމާންކަމާއި ތެދުމަގާއި علم ގެ އަލިކަމުގެތެރެއަށް އެމީހުން ވެއްދުމަށެވެ. އެއީ عزّة ވަންތަ އަދި حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެ ކަނޑައަޅުއްވާފައި شريعة ގެ މަގަށް އެބައިމީހުންގެ ربّ ގެ އިޒުނަފުޅަށް މަގުދެއްކެވުމަށެވެ.
Verse 2
ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَوَيْلٌ لِّلْكَـٰفِرِينَ مِنْ عَذَابٍ شَدِيدٍ
Transliteration al-lahi alladhī lahu mā fī l-samāwāti wamā fī l-arḍi wawaylun lil'kāfirīna min ʿadhābin shadīdin
Dhivehi ﷲ އެއީ عزّة ވަންތަ އަދި حمد ލިބިވޮޑިގެންވާ ކަލާނގެއެވެ. އެއީ އުޑުތަކާއި ބިމުގައިވާހާ ތަކެތި އެކަލާނގެއަށް މިލްކުވެވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއަށް ކާފަރުވެއްޖެ ބަޔަކަށް ގަދަވެގެންވާ عذاب ގެ وَيْلُ ހުއްޓެވެ. (وَيْلُ އަކީ ނަރަކަވަންތަވެރިން ގައިން އޮހޭ ދޮހާއި ފާދިޔައިގެ وَادى އެއްކަމުގައި ބުނެވެއެވެ. ނުވަތަ ގަދަހޫނުގެ وَادى އެއްކަމުގައި ބުނެވުނެވެ.) والله أعلم.
Verse 3
ٱلَّذِينَ يَسْتَحِبُّونَ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْـَٔاخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍۭ بَعِيدٍ
Transliteration alladhīna yastaḥibbūna l-ḥayata l-dun'yā ʿalā l-ākhirati wayaṣuddūna ʿan sabīli l-lahi wayabghūnahā ʿiwajan ulāika fī ḍalālin baʿīdin
Dhivehi މިދެންނެވި ކާފަރުންނަކީ آخرة ގެ حياة ގެމައްޗަށް ދުނިޔޭގެ حياة އިސްކޮށް އެއަށް ލޯބިކުރާ މީހުންނެވެ. އަދި މީސްތަކުންނަށް ﷲ ގެ މަގު (އެކަލާނގެ دين) ބަންދުކޮށް އެދީނަށް ވަންނަން އެދޭމީހުންނަށް -އަދި އެދީނަށް އުޅެންއެދޭ މީހުންނަށް - އެކަން މަނާކުރާމީހުންނެވެ. އަދި އެމީހުންނަކީ ﷲ ގެ ދީން ބަދަލުކޮށް ހުއްދަނޫންގޮތްގޮތަށް تَأوِيل ކޮށް އެދީން ގުދުކުރަން އެދޭމީހުންނެވެ. ކަނޑައެޅިގެން އެމީހުން އެވަނީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.
Verse 4
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِۦ لِيُبَيِّنَ لَهُمْ ۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
Transliteration wamā arsalnā min rasūlin illā bilisāni qawmihi liyubayyina lahum fayuḍillu l-lahu man yashāu wayahdī man yashāu wahuwa l-ʿazīzu l-ḥakīmu
Dhivehi އަދި ތިމަންރަސްކަލާނގެ އެއްވެސް رسول ބޭކަލެއް އެބޭކަލެއްގެ قوم ގެ މީހުން ވާހަކަދައްކާ ބަހުންމެނުވީ رسول ކަމާއިގެން ނުފޮނުއްވަމެވެ. (ކޮންމެ ބޭކަލަކުވެސް އެބޭކަލެއްގެ رسول ކަން އިއްވަވަނީ އެބޭކަލަކު އެފޮނުއްވުނު ރަށެއްގެބަޔަކު ވާހަކަ ދައްކާ ބަހުންނެވެ.) އެއީ އެބޭކަލަކު އެ قوم ގެ މީހުންނަށް ބަޔާންކޮށްދެއްވުމަށެވެ. ދެން އަދި އެބައިމީހުން ރަނގަޅަށް ވިސްނާ ހެދުމަށެވެ. ދެންފަހެ ﷲ އެ އެދިވޮޑިގަންނަވާއަޅަކު މަގުފުރައްދަވައި އަދި އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ތެދުމަގު ދައްކަވައެވެ. އަދި އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
Verse 5
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَـٰتِنَآ أَنْ أَخْرِجْ قَوْمَكَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ وَذَكِّرْهُم بِأَيَّىٰمِ ٱللَّهِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّكُلِّ صَبَّارٍ شَكُورٍ
Transliteration walaqad arsalnā mūsā biāyātinā an akhrij qawmaka mina l-ẓulumāti ilā l-nūri wadhakkir'hum bi-ayyāmi l-lahi inna fī dhālika laāyātin likulli ṣabbārin shakūrin
Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ دليل ތަކާއި معجزة ތަކާއިއެކު موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. (އަދި އެކަލޭގެފާނަށް އެންގެވީމެވެ.) ކާފަރުކަމާއި جاهل ކަމުގެ އަނދިރިން ކަލޭގެފާނުންގެ أمّة ނެރުއްވާށެވެ! އަދި إيمان ކަމާއި علم ގެ އަލިކަމުގެ ތެރެއަށް އެމީހުން ވައްދަވާށެވެ! އަދި ﷲ ގެ އެކިއެކި واقعة ތަކާއި مصيبة ތައް އެމީހުންނަށް ހަނދާންކޮށްދެއްވާށެވެ! (އިސްވެދިޔަ أمّة ތަކަށް ދިމާވި ކަންތައްތައް އެމީހުންނަށް ކިޔައިދެއްވާށެވެ! ހަމަކަށަވަރުންވެސް އެކަންކަމުގައި ކެތްތެރިވުން ގިނަ އަދި ގިނަގިނައިން شكر ކުރާބަޔަކަށް (ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) ދަލީލުތަކާއި حجّة ތައްވެއެވެ.
Verse 6
وَإِذْ قَالَ مُوسَىٰ لِقَوْمِهِ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ أَنجَىٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ وَيُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌ مِّن رَّبِّكُمْ عَظِيمٌ
Transliteration wa-idh qāla mūsā liqawmihi udh'kurū niʿ'mata l-lahi ʿalaykum idh anjākum min āli fir'ʿawna yasūmūnakum sūa l-ʿadhābi wayudhabbiḥūna abnāakum wayastaḥyūna nisāakum wafī dhālikum balāon min rabbikum ʿaẓīmun
Dhivehi އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެމައްޗަށް ﷲ ލެއްވި (ބޮޑު) نعمة ކަލޭމެން ހަނދާންކުރާށެވެ! އެއީ فرعون ގެ آل ންގެ ކިބައިން އެކަލާނގެ ކަލޭމެން ސަލާމަތްކުރެއްވިހިނދުއެވެ. އެ فرعون ގެ މީހުން ކަލޭމެންނަށް عذاب ގެ ނުބައިކަމުގެ ރަހަދައްކާހެދިއެވެ. ބޮޑެތި تكليف ތައްވެސް ޖައްސާހެދީއެވެ. އަދި އެމީހުން ކަލޭމެންގެ ފިރިހެންދަރިން މަރައި އަދި ކަލޭމެންގެ އަންހެންދަރިން ނުމަރައި ދޫކުރިއެވެ. (ޝައްކެތްވެސްނެތްގޮތުގައި) އެކަމުގައި ކަލޭމެނަށް ކަލޭމެންގެ ربّ ގެ حَضْرَةُ ން ބޮޑުވެގެންވާ إمتحان އެއްވެއެވެ.
Verse 7
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ
Transliteration wa-idh ta-adhana rabbukum la-in shakartum la-azīdannakum wala-in kafartum inna ʿadhābī lashadīdun
Dhivehi އަދި ކަލޭމެންގެ ربّ ކަލޭމެންނަށް އަންގަވާ إعلان ކުރެއްވިހިނދު ހަނދާންކުރާށެވެ! (އެކަލާނގެ އެންގެވިއެވެ.) ކަލޭމެން ތިމަންރަސްކަލާނގެ نعمة އަށް شكر ކުރިއްޔާ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެނަށް نعمة އިތުރުކޮށްދެއްވާހުށީމެވެ. (نعمة އަށް ޝުކުރު ކުރުމުގެ އެންމެމަތީ ކަމަކީ ކިޔަމަންތެރިވުމެވެ.) އަދި ކަލޭމެން ކާފަރުވެއްޖެއްޔާ (عذاب ދެއްވާހުށީމެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ عذاب ގަދަވެގެންވެއެވެ.
Verse 8
وَقَالَ مُوسَىٰٓ إِن تَكْفُرُوٓا۟ أَنتُمْ وَمَن فِى ٱلْأَرْضِ جَمِيعًا فَإِنَّ ٱللَّهَ لَغَنِىٌّ حَمِيدٌ
Transliteration waqāla mūsā in takfurū antum waman fī l-arḍi jamīʿan fa-inna l-laha laghaniyyun ḥamīdun
Dhivehi އަދި موسى (عليه السّلام) ވިދާޅުވިއެވެ. ކަލޭމެންނާއި އަދި ބިންމަތީގައިވާ އެންމެން ކާފަރުވިޔަސް (އެކަމުން ﷲ އަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ އަދި (އެކަލާނގެ ހިންގަވާ ކަންތަކަށް) حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެއެވެ.
Verse 9
أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ مِن قَبْلِكُمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ ۛ وَٱلَّذِينَ مِنۢ بَعْدِهِمْ ۛ لَا يَعْلَمُهُمْ إِلَّا ٱللَّهُ ۚ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ فَرَدُّوٓا۟ أَيْدِيَهُمْ فِىٓ أَفْوَٰهِهِمْ وَقَالُوٓا۟ إِنَّا كَفَرْنَا بِمَآ أُرْسِلْتُم بِهِۦ وَإِنَّا لَفِى شَكٍّ مِّمَّا تَدْعُونَنَآ إِلَيْهِ مُرِيبٍ
Transliteration alam yatikum naba-u alladhīna min qablikum qawmi nūḥin waʿādin wathamūda wa-alladhīna min baʿdihim lā yaʿlamuhum illā l-lahu jāathum rusuluhum bil-bayināti faraddū aydiyahum fī afwāhihim waqālū innā kafarnā bimā ur'sil'tum bihi wa-innā lafī shakkin mimmā tadʿūnanā ilayhi murībin
Dhivehi ކަލޭމެންގެ ކުރީގެ މީހުންގެ خبر ކަލޭމެނަކަށް ނުލިބޭހެއްޔެވެ؟ (އޭގެ މުރާދަކީ ލިބިފައިވާނެއެވެ.) އެއީ نوح عليه السّلام ގެ قوم އާއި عَاد ބާގައިގެމީހުންނާއި ثمود ބާގައިގެމީހުންނާއި އަދި އެމީސްމީހުންގެ ފަހުން ދެން އައި މީސްމީހުންނެވެ. އެމީހުންގެ عدد އާއި މިންވަރު ﷲ ނޫން ފަރާތަކަށް ނޭނގެއެވެ. އެމީހުންގެ ގާތަށް އެމީހުންގެ رسول ން ބަޔާންވެގެންވާ دليل ތަކާއިގެން ވަޑައިގެންނެވިއެވެ. (އަދި އެބޭބޭކަލުންގެ رسول ކަން އެ أمّة ތަކަށް އިއްވެވުމުން) އެ أمّة ތަކުގެ ކާފަރުންތައް ރުޅިއައިސްގެން އެމީހުންގެ އަނގަތަކުގައި އަތްތައްއެޅިއެވެ. (އިނގިލިތަކުގައި ދައިގަތެވެ.) އަދި އެމީހުން ބުންޏެވެ. ތިޔަބޭކަލުން އެއެއްޗަކާއިގެން ފޮނުވުނު ތަކެއްޗަށް އަހުރެމެން މިވަނީ ކާފަރުވެގެންނެވެ. އަދި ތިޔަބޭކަލުން އެކަމެއްގެ ފަރާތަށް އަހުރެމެންނަށް ތިޔަގޮވާލައްވާ ކަންތަކާމެދު ހަމަކަށަވަރުން އަހުރެމެން މިވަނީ ޝައްކެއްގައެވެ. އަހުރެމެންނަކީ އެކަމަށް ޝައްކުކުރާ ބަޔަކީމެވެ.
Verse 10
۞ قَالَتْ رُسُلُهُمْ أَفِى ٱللَّهِ شَكٌّ فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يَدْعُوكُمْ لِيَغْفِرَ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرَكُمْ إِلَىٰٓ أَجَلٍ مُّسَمًّى ۚ قَالُوٓا۟ إِنْ أَنتُمْ إِلَّا بَشَرٌ مِّثْلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعْبُدُ ءَابَآؤُنَا فَأْتُونَا بِسُلْطَـٰنٍ مُّبِينٍ
Transliteration qālat rusuluhum afī l-lahi shakkun fāṭiri l-samāwāti wal-arḍi yadʿūkum liyaghfira lakum min dhunūbikum wayu-akhirakum ilā ajalin musamman qālū in antum illā basharun mith'lunā turīdūna an taṣuddūnā ʿammā kāna yaʿbudu ābāunā fatūnā bisul'ṭānin mubīnin
Dhivehi އެމީހުންގެ رسول ން އެމީހުންނަށް ވިދާޅުވިއެވެ. ﷲ އާއިމެދު އެއްވެސް ޝައްކެއްވޭހެއްޔެވެ؟ (އެއީ حقّ إله ކަމާމެދު އޮޅުމެއްވޭހެއްޔެވެ؟) އެއީ އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ކަލާނގެއެވެ. އެކަލާނގެ ކަލޭމެންނަށް ގޮވާލައްވަނީއެވެ. (އެކަލާނގެ އެއްކައުވަންތަކަން قبول ކުރުމަށާއި އެކަލާނގެއަށް ކިޔަމަންތެރިވުމަށެވެ.) އޭރުން އެކަލާނގެ ކަލޭމެންގެ ފާފައިގެތެރެއިން ފުއްސަވާނެތެވެ. އަދި ކަނޑައެޅި އެނގިގެންވާ ވަގުތަކަށް (އެބަހީ: قيامة ދުވަހަށް) އެކަލާނގެ ކަލޭމެން ފަސްކުރައްވާހުއްޓެވެ. އެމީހުން ދެންނެވިއެވެ. ތިޔަބޭކަލުންނަކީވެސް ހަމަ އަހުރެމެންފަދަ آدم ގެ ދަރިބަޔަކުކަމުގައި މެނުވީ ނުވެއެވެ. (ملائكة ބޭކަލުންނެއްނޫނެވެ.) ތިޔަބޭކަލުން ތިޔައެދިވަޑައިގަންނަވަނީ އަހުރެމެންގެ ކާބަފައިން އަޅުކަންކުރިތަކެތީން (ބުދުތަކުން) އަހުރެމެން ދުރުކޮށް އެކަން މަނާކުރައްވާށެވެ. ފަހެ (ތިޔަބޭކަލުން ތިޔަވިދާޅުވާ އެއްޗެއް ތެދުކަމުގެމައްޗަށް بيان ވެގެންވާ دليل އަހުރެމެންނަށް ނިކަން ގެނަސްދީބަލާށެވެ!)
Verse 11
قَالَتْ لَهُمْ رُسُلُهُمْ إِن نَّحْنُ إِلَّا بَشَرٌ مِّثْلُكُمْ وَلَـٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ وَمَا كَانَ لَنَآ أَن نَّأْتِيَكُم بِسُلْطَـٰنٍ إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
Transliteration qālat lahum rusuluhum in naḥnu illā basharun mith'lukum walākinna l-laha yamunnu ʿalā man yashāu min ʿibādihi wamā kāna lanā an natiyakum bisul'ṭānin illā bi-idh'ni l-lahi waʿalā l-lahi falyatawakkali l-mu'minūna
Dhivehi އެމީހުންގެ رسول ބޭކަލުން އެމީހުންނަށް ވިދާޅުވިއެވެ. (ކަލޭމެން ތިޔަބުނާގޮތަށް) ކަލޭމެންކަހަލަ آدم ގެދަރިން ކަމުގައިމެނުވީ އަހުރެމެން ނުވެއެވެ. އަދި އެހެންނަމަވެސް ﷲ تعالى އެކަލާނގެ އަޅުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅެއްގެމައްޗަށް ދީލަތިވެވޮޑިގަންނަވައި حقّ މަގަށް توفيق ދެއްވައެވެ. އަދި ﷲ ގެ އިޒުނަފުޅަށް މެނުވީ އެއްވެސް دليل އެއް حجّة އެއް އަދި معجزة އެއް ގެނަސްގަތުމަކީ އަހުރެމެންނަށް އެކަށީގެންވާކަމެއްނޫނެވެ. ވާނޭކަމެއްނޫނެވެ. ފަހެ مؤمن ން ހަމައެކަނި ﷲ އަށް އިތުބާރުކޮށް وكيل ކުރާހުށިކަމެވެ!
Verse 12
وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدْ هَدَىٰنَا سُبُلَنَا ۚ وَلَنَصْبِرَنَّ عَلَىٰ مَآ ءَاذَيْتُمُونَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ
Transliteration wamā lanā allā natawakkala ʿalā l-lahi waqad hadānā subulanā walanaṣbiranna ʿalā mā ādhaytumūnā waʿalā l-lahi falyatawakkali l-mutawakilūna
Dhivehi އަދި އަހުރެމެން ﷲ އަށް وكيل ކޮށް އިތުބާރު ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ އެހެނީ ހަމަކަށަވަރުން އަހުރެމެންނަށް އަހުރެމެން ސަލާމަތްވާނޭ މަގުދެއްކެވީ އެކަލާނގެއެވެ. އަދި ހަމަކަށަވަރުން ކަލޭމެން (ކާފަރުންނާއި مشرك ންގެފަރާތުން) އަހުރެމެންނަށް ކުރާ އުނދަގޫތަކަށް ހަމަކަށަވަރުން އަހުރެމެން ކެތްކުރާހުށީމެވެ. އަދި وكيل ކޮށް އިތުބާރުކުރާމީހުން ހަމައެކަނި ﷲ އަށް وكيل ކޮށް ބަރޯސާކުރާހުށިކަމެވެ!
Verse 13
وَقَالَ ٱلَّذِينَ كَفَرُوا۟ لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۖ فَأَوْحَىٰٓ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ ٱلظَّـٰلِمِينَ
Transliteration waqāla alladhīna kafarū lirusulihim lanukh'rijannakum min arḍinā aw lataʿūdunna fī millatinā fa-awḥā ilayhim rabbuhum lanuh'likanna l-ẓālimīna
Dhivehi އަދި ކާފަރުންގެ މީހުން އެމީހުންގެ رسول ންނަށް ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެމެންގެ ބިމުން ތިޔަބޭކަލުން ނެރެލާހުށީމެވެ. ނޫނީވިއްޔާ އަހުރެމެންގެ ދީނަށް ތިޔަބޭކަލުން ވައްދާހުށީމެވެ. ދެންފަހެ އެބޭކަލުންގެ ربّ އެބޭކަލުންނަށް وحي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އަނިޔާވެރިން - مشرك ން - ހަލާކުކުރައްވާހުށީމެވެ.
Verse 14
وَلَنُسْكِنَنَّكُمُ ٱلْأَرْضَ مِنۢ بَعْدِهِمْ ۚ ذَٰلِكَ لِمَنْ خَافَ مَقَامِى وَخَافَ وَعِيدِ
Transliteration walanus'kinannakumu l-arḍa min baʿdihim dhālika liman khāfa maqāmī wakhāfa waʿīdi
Dhivehi އަދި ހަމަކަށަވަރުން އެމީހުން ހަލާކުކުރެއްވުމަށްފަހު ބިމުގައި ތިމަންރަސްކަލާނގެ ތިޔަބޭކަލުން ހަމަޖައްސަވައިދެއްވާ ވަޒަންވެރިކޮށްދެއްވާ ހުރީމެވެ. އެގޮތަށް އެކަންކަން ތިމަންރަސްކަލާނގެ ހަމަޖައްސަވައިދެއްވަނީ ތިމަންރަސްކަލާނގެ حضرة ގައި ހުއްޓިހުންނަންޖެހޭ مقام އަށް ބިރުވެތިވާ މީހުންނަށެވެ. އަދި ތިމަންރަސްކަލާނގެ عذاب އާއި ކޯފާގެ ބަސްފުޅުތަކަށް ބިރުވެތިވާ އަޅުންނަށެވެ.
Verse 15
وَٱسْتَفْتَحُوا۟ وَخَابَ كُلُّ جَبَّارٍ عَنِيدٍ
Transliteration wa-is'taftaḥū wakhāba kullu jabbārin ʿanīdin
Dhivehi އަދި އެ رسولُ ބޭކަލުން ﷲ تعالى ގެ حضرة ން އެކާފަރުންގެމައްޗަށް نصر އަށް އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެ ބޮޑާ ނުކިޔަމަންތެރި ދެކޮޅުވެރިއަކު ގެއްލި ހަލާކުވިއެވެ.
Verse 16
مِّن وَرَآئِهِۦ جَهَنَّمُ وَيُسْقَىٰ مِن مَّآءٍ صَدِيدٍ
Transliteration min warāihi jahannamu wayus'qā min māin ṣadīdin
Dhivehi އަދި އެއިން ކޮންމެ جبّار ނުބައިމީހެއްގެ ކުރިމަތީގައިވަނީ ނަރަކައެވެ. އެތާނގެ ގަދަ عذاب އެވެ. އަދި އޭނާއަށް صديد ބޯންދެވޭނެއެވެ. (އެއީ ކާފަރުން އެތެރެހަށިން ނުކުންނަ ދިޔަވަރަކާއި އެކުވެފައިވާ ދޮހާއި ލެއެވެ. އަދި އެހެންގޮތްގޮތަށްވެސް ބުނެވިފައިވެއެވެ. والله أعلم (ﷲم أجرنا من ذالك)
Verse 17
يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ وَيَأْتِيهِ ٱلْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ ۖ وَمِن وَرَآئِهِۦ عَذَابٌ غَلِيظٌ
Transliteration yatajarraʿuhu walā yakādu yusīghuhu wayatīhi l-mawtu min kulli makānin wamā huwa bimayyitin wamin warāihi ʿadhābun ghalīẓun
Dhivehi އޭނާ އޭތި ބޯން އަނގައަށް އަޅާނެއެވެ. (އޭގެ ނުބައިކަމާއި ހިތިކަމުން) ދިރުވައިލުން ގާތްވެގެން ނުވާނެއެވެ. އެކަމަކު ބޯނެއެވެ. އަދި ހުރިހާ ދިމާއަކުން އޭނާއަށް މަރުއަންނާނެއެވެ. އެބަހީ: މަރުވާހާ އުދަނގޫތައް ވާނެއެވެ. އެކަމަކު އޭނާ މަރުނުވާނެއެވެ. އަދި އެ عذاب ގެ ފަހުގައި ދެންއޮތީ އަދި ގަދަވެގެންވާ عذاب އެވެ. نعوذ با للّه.
Verse 18
مَّثَلُ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ أَعْمَـٰلُهُمْ كَرَمَادٍ ٱشْتَدَّتْ بِهِ ٱلرِّيحُ فِى يَوْمٍ عَاصِفٍ ۖ لَّا يَقْدِرُونَ مِمَّا كَسَبُوا۟ عَلَىٰ شَىْءٍ ۚ ذَٰلِكَ هُوَ ٱلضَّلَـٰلُ ٱلْبَعِيدُ
Transliteration mathalu alladhīna kafarū birabbihim aʿmāluhum karamādin ish'taddat bihi l-rīḥu fī yawmin ʿāṣifin lā yaqdirūna mimmā kasabū ʿalā shayin dhālika huwa l-ḍalālu l-baʿīdu
Dhivehi އެބައިމީހުން އެބައިމީހުންގެ ربّ އަށް ކާފަރުވީމީހުން ކުރި عمل ގެ މިސާލަކީ އަޅީގެ މިސާލެވެ. ވައިބާރު ދުވަހެއްގައި ވައި އައިސް އެއަޅިތައް ބުރުއްސައިލާ އަދި އެތާ އެކައްޗެއްވެސް ނެތި ސާފުވެގެންދިޔަ އަޅީގެ މިސާލެވެ. އެމީހުން ދުނިޔޭގައި ކުރި عمل ން އެމީހުންނަށް އެއްވެސްކަމެއް ކުޅަދާނަ ނުވާނެއެވެ. (އޭގައި އެއްވެސް ثواب އެއް ދަރުމައެއް آخرة ދުވަހުން ނުވާނެއެވެ.) ދުރުވެގެންވާ މަގުފުރެދުމަކީ އެއީއެވެ. އެއަޅިކޮޅުގެ މިސާލެވެ.
Verse 19
أَلَمْ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ
Transliteration alam tara anna l-laha khalaqa l-samāwāti wal-arḍa bil-ḥaqi in yasha yudh'hib'kum wayati bikhalqin jadīdin
Dhivehi (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން حقّ ގޮތުގައި ﷲ تعالى އުޑުތަކާއި ބިންހައްދަވާފައިވާކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ (އެކަން ރަނގަޅަށް ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެއެވެ.) އެކަލާނގެ އެދިވޮޑިގަންނަވާނަމަ އެކަލާނގެ ކަލޭމެން މިތަނުން ގެންދަވައި އަދި އެހެން އައު خلق ތަކެއް މިތަނަށް ގެންނަވައިފާނެއެވެ.
Verse 20
وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٍ
Transliteration wamā dhālika ʿalā l-lahi biʿazīzin
Dhivehi އަދި އެކަމަކީ އެއީ ﷲ تعالى އަށް ބޮޑުކަމެއްކަމުގައި ނުވެއެވެ. އެކަން މަނާކުރާނެ އެކަކުވެސް ނުވެސް ހުންނާނެއެވެ.
Verse 21
وَبَرَزُوا۟ لِلَّهِ جَمِيعًا فَقَالَ ٱلضُّعَفَـٰٓؤُا۟ لِلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا مِنْ عَذَابِ ٱللَّهِ مِن شَىْءٍ ۚ قَالُوا۟ لَوْ هَدَىٰنَا ٱللَّهُ لَهَدَيْنَـٰكُمْ ۖ سَوَآءٌ عَلَيْنَآ أَجَزِعْنَآ أَمْ صَبَرْنَا مَا لَنَا مِن مَّحِيصٍ
Transliteration wabarazū lillahi jamīʿan faqāla l-ḍuʿafāu lilladhīna is'takbarū innā kunnā lakum tabaʿan fahal antum mugh'nūna ʿannā min ʿadhābi l-lahi min shayin qālū law hadānā l-lahu lahadaynākum sawāon ʿalaynā ajaziʿ'nā am ṣabarnā mā lanā min maḥīṣin
Dhivehi އަދި އެ އެންމެން އެކީ ކައްވަޅުތަކުން ނުކުމެގެން ﷲ تعالى ގެ حضرة އަށް ފާޅުވާނެއެވެ. محشر ގެ ميدان އަށް ހުސްބިމަށް ޖަމާވާނެއެވެ. ދެންފަހެ ދުނިޔޭގައި އުޅުނުއިރު ބޮޑާވެ ކިބުރުވެރިވީ މަތީމީހުންނާ تبع ވެގެންއުޅުނު ދެރަނިކަމެތިން އެމީހުންނަށް ބުނާނެއެވެ. (ދުނިޔޭގައި) އަހުރެމެންވީ ކަލޭމެނާ تبع ވެގެންވާ ބަޔަކުކަމުގައެވެ. (ކަލޭމެން ބުނިހާކަމެއް އަހުރެމެން ކުރީމެވެ.) ފަހެ ﷲ ގެ عذاب ގެތެރެއިން އެއްވެސް މިންވަރެއް އަހުރެމެންގެ ކިބައިން ކަލޭމެން دفاع ކޮށްދޭނޫހެއްޔެވެ؟ ދުރުކޮށްދޭށެވެ. އެމީހުން يعني: ބޮޑެތިމީހުން ބުނާނެއެވެ. ﷲ تعالى އަހުރެމެންނަށް ތެދުމަގުދެއްކެވިނަމަ އަހުރެމެންވެސް ކަލޭމެންނަށް ތެދުމަގުދެއްކީމުހެވެ. (މިހާރުދެން) އަހުރެމެން ކެތްތެރިކަމެއްނެތި ހަޅޭލައި ތެޅިފޮޅުނަސް އަދި ނުވަތަ ކެތްތެރިވިޔަސް ހަމަހަމައެވެ. އަހުރެމެންނަށް ސަލާމަތްވާން ދާނެ ތަނެއް ނެތެވެ.
Verse 22
وَقَالَ ٱلشَّيْطَـٰنُ لَمَّا قُضِىَ ٱلْأَمْرُ إِنَّ ٱللَّهَ وَعَدَكُمْ وَعْدَ ٱلْحَقِّ وَوَعَدتُّكُمْ فَأَخْلَفْتُكُمْ ۖ وَمَا كَانَ لِىَ عَلَيْكُم مِّن سُلْطَـٰنٍ إِلَّآ أَن دَعَوْتُكُمْ فَٱسْتَجَبْتُمْ لِى ۖ فَلَا تَلُومُونِى وَلُومُوٓا۟ أَنفُسَكُم ۖ مَّآ أَنَا۠ بِمُصْرِخِكُمْ وَمَآ أَنتُم بِمُصْرِخِىَّ ۖ إِنِّى كَفَرْتُ بِمَآ أَشْرَكْتُمُونِ مِن قَبْلُ ۗ إِنَّ ٱلظَّـٰلِمِينَ لَهُمْ عَذَابٌ أَلِيمٌ
Transliteration waqāla l-shayṭānu lammā quḍiya l-amru inna l-laha waʿadakum waʿda l-ḥaqi wawaʿadttukum fa-akhlaftukum wamā kāna liya ʿalaykum min sul'ṭānin illā an daʿawtukum fa-is'tajabtum lī falā talūmūnī walūmū anfusakum mā anā bimuṣ'rikhikum wamā antum bimuṣ'rikhiyya innī kafartu bimā ashraktumūni min qablu inna l-ẓālimīna lahum ʿadhābun alīmun
Dhivehi ކަންތައްތައްވެ ނިމުމުން ޝައިތާނު ބުނާނެއެވެ. (އެބަހީ: ސުވަރުގެވަންތަވެރިން ސުވަރުގޭގައި ހަމަޖެހި ނަރަކަވަންތަވެރިން ނަރަކައިގައި ހަމަޖެހި ނިމުމުން ޝައިތާނު ބުނާނެއެވެ. އެއީ އެސޮރު ނަރަކައިގައި ހުރެ ނަރަކަވަންތަވެރިންނާ مخاطب ކޮށް ބުނާބުނުމެކެވެ.) ހަމަކަށަވަރުން ﷲ تعالى ކަލޭމެންނަށް ހަމަ حقّ وعد ކުރެއްވިއެވެ. އަދި އަހުރެންވެސް ކަލޭމެނަށް وعد ކުރީއެވެ. އަދި އަހުރެން ކަލޭމެންނާކުރި وعد އާއި އަހުރެން خلاف ވީއެވެ. އަދި އަހުރެން وعد ކުރިއިރު އެބަސް ثابت ކަމުގެމައްޗަށް دليل ކުރާނޭ އެއްވެސް دليل އެއް حجّة އެއް އަހުރެންނަކަށް ނުވެއެވެ. ހަމައެކަނި ކަލޭމެންނަށް އަހުރެން ބުނާގޮތަށް އުޅުމަށް ގޮވިކަން ނޫން އެހެން އެއްވެސް ހެއްކެއްނެތެވެ. ދެން ކަލޭމެން (ﷲ ފިޔަވައި) އަހުރެންނަށް އިޖާބަދިނީއެވެ. ﷲ ގެ حقّ وعد އަށް އިޖާބަ ނުދިނީއެވެ. އެހެންވީއިރު ދެން މިހާރު ކަލޭމެން އަހުރެންނަށް މަލާމާތް ނުކުރާށެވެ! އަދި ކިއެއްހެއްޔެވެ! ކަލޭމެން ކަލޭމެންގެ އަމިއްލަ نفس ތަކަށް މަލާމާތް ކުރާށެވެ! ކަލޭމެން ސަލާމަތްކުރާނޭ މީހަކުކަމުގައި އަހުރެން ނުވެއެވެ. އަދި އަހުރެން ސަލާމަތްކުރާނޭ ބަޔަކުކަމުގައި ކަލޭމެން ނުވެއެވެ. ހަމަކަށަވަރުން މީގެކުރީ ދުނިޔޭގައި އުޅުނުއިރު ކަލޭމެން ﷲ އަށް ކުރި އަޅުކަމުގައި އަހުރެން ބައިވެރިކުރުމާމެދު އަހުރެން ދެކޮޅުހެދީމެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް - يعني: مشرك ންނަށް - ހުރީ (قيامة ދުވަހުން) ހަމަ ވޭންދެނިވި عذاب އެވެ.
Verse 23
وَأُدْخِلَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا بِإِذْنِ رَبِّهِمْ ۖ تَحِيَّتُهُمْ فِيهَا سَلَـٰمٌ
Transliteration wa-ud'khila alladhīna āmanū waʿamilū l-ṣāliḥāti jannātin tajrī min taḥtihā l-anhāru khālidīna fīhā bi-idh'ni rabbihim taḥiyyatuhum fīhā salāmun
Dhivehi އަދި إيمان ވެގެން صالح عمل ކުރި މީސްތަކުން އެތަންތާނގެ ދަށުން އާރުތައް ދެމިދެމިހުންނަ ބަގީޗާތަކަކަށް ސުވަރުގެތަކަށް (قيامة ދުވަހުން) ވެއްދެވޭނެއެވެ. އަދި އެބައިމީހުންގެ ربّ ގެ إذن ފުޅަށް އެމީހުން އެތާ ދެމިތިބޭ حال ގައެވެ. އަދި އެސުވަރުގޭގައި ملائكة ބޭކަލުން އެ ސުވަރުގެވަންތަވެރިންނާއި ކުރާ ސަލާމަކީ ހަމަ سلام މި ކަލިމައެވެ.
Verse 24
أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِى ٱلسَّمَآءِ
Transliteration alam tara kayfa ḍaraba l-lahu mathalan kalimatan ṭayyibatan kashajaratin ṭayyibatin aṣluhā thābitun wafarʿuhā fī l-samāi
Dhivehi (އޭ رسول ﷲ އެވެ!) ﷲ تعالى ރަނގަޅު ކަލިމައެއްގެ މިސާލުޖައްސަވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ (އެމިސާލު ޖައްސަވަނީ) ރަނގަޅު ގަހެއްފަދައިންނެވެ. އެގަހުގެ މައިގަނޑާއި ބުޑު ރަނގަޅަށް ބިމުގައި ހަރުލާ ސާބިތުވެފައިވެއެވެ. އަދި އެގަހުގެ ގޮފިތައް މައްޗަށް އަރައިގެންގޮސް އުޑަށްގޮސްފައެވެ.
Verse 25
تُؤْتِىٓ أُكُلَهَا كُلَّ حِينٍۭ بِإِذْنِ رَبِّهَا ۗ وَيَضْرِبُ ٱللَّهُ ٱلْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ
Transliteration tu'tī ukulahā kulla ḥīnin bi-idh'ni rabbihā wayaḍribu l-lahu l-amthāla lilnnāsi laʿallahum yatadhakkarūna
Dhivehi އެގަހުގެ މޭވާ އެގަހުގެ ވެރި ربّ ގެ إذن ފުޅަށް ކޮންމެހިނދެއްގައިވެސް ލިބެއެވެ. އަދި މީސްތަކުންނަށް ﷲ تعالى މިސާލުތައް ޖައްސަވަނީ އެމީހުން نصيحة އާއި وعظ ލިބިގަނެ عبرة حاصل ކުރުމަށްޓަކައެވެ. • ދަންނައެވެ! މިދެއާޔަތުން މިސިފަކުރައްވާ ރަނގަޅު كلمة އަކާއިމެދު مفسّر ންގެ ބަސްތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ شَهَادَة أَن لاَ إله إلاّ ﷲ މި كلمة ކަމަށެވެ. (އެބަހީ: ﷲ ނޫން إله އަކު ނުވާކަމަށް ހެކިވުންކަމަށެވެ.) އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ مؤمن އަޅާގެ إيمان އެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ ހަމަ ސީދާ مؤمن އަޅާކަމަށެވެ. އަދި ރަނގަޅު ގަހަކީ އެއީ ކަދުރު ރުއްކަމުގައި ވިދާޅުވާ مفسّر ން ގިނައެވެ. ކޮންމެއަކަސް مؤمن އަޅާ ބިމުގައި ގަސްފަދައިން ރަނގަޅަށް ސާބިތުވެހުރެ އޭނާ ﷲ އަށް ذِكر ކޮށް ހެޔޮކަންތައްތައް ކުރުމުން އެކަންތައްތައް ވަގުތުން އުޑަށް އުފުލެއެވެ. އެއީ ގަހުގެ ގޮފިތައް މައްޗަށްގޮސް އުޑާއި ހަމައަށް ދާ މިސާލެވެ. ކޮންމެހިނދެއްގައިވެސް އޭނާ ذكر ކޮށް އަޅުކަން ކުރުމުން އޭގެ ދަރުމަޔާ ސަވާބު އޭނާއަށް ލިބެއެވެ. އެއީ ގަހުގެ މޭވާ އަބަދު ލިބެވޭ މިސާލެވެ. ކަދުރު ރުކަކީވެސް އޭގެ މޭވާޔާ ފައިދާ އަބަދުވެސް ލިބެވޭ އެއްޗެކެވެ. والله أعلم.
Verse 26
وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ ٱجْتُثَّتْ مِن فَوْقِ ٱلْأَرْضِ مَا لَهَا مِن قَرَارٍ
Transliteration wamathalu kalimatin khabīthatin kashajaratin khabīthatin uj'tuthat min fawqi l-arḍi mā lahā min qarārin
Dhivehi އަދި ނުބައި كلمة އެއްގެ މިސާލަކީ ނުބައި ގަހެއްގެ މިސާލެވެ. އެގަސް ބިމުން ލުހި ވަކިވެފައިވެއެވެ. އެގަހަށް އެއްވެސް ހަރުދަނާކަމެއް ثابت ކަމެއް ނުވެއެވެ. • ދަންނައެވެ! ނުބައި كلمة އަކީ كافر ކަލޭގެ ބުނާ ކާފަރު ބަހެވެ. شركގެ ބަހެވެ. އަދި އޭގެ މިސާލެއްކަމުގައި އެވަނީ ނުބައިގަހެއްގެ މިސާލެވެ. އެގަހަކީ އޭގެ މޭވާކަމުގައިވާ حَنْظَلَةُ އެވެ ކިޔާ ހިތި ނުބައި މޭވާއެއް ނުކުންނަ ގަހެކެވެ. ކާފަރުންގެ عمل އަކީވެސް އެފަދަ އެއްޗެކެވެ. އޭނާގެ عمل އަކީ ބިމުގައި ސާބިތު އެއްޗެއް ނޫނެވެ. އަދި އެ عمل އުޑަށް ނާރާނެއެވެ. އެއަކަށް ثواب އެއް ނެތެވެ. އޭނާ عمل އޮންނާނީ އޭނާގެ ބުރަކަށިމަތީގައެވެ. قيامة އަށް ދާންދެންނެވެ. والله أعلم.
Verse 27
يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُوا۟ بِٱلْقَوْلِ ٱلثَّابِتِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَيُضِلُّ ٱللَّهُ ٱلظَّـٰلِمِينَ ۚ وَيَفْعَلُ ٱللَّهُ مَا يَشَآءُ
Transliteration yuthabbitu l-lahu alladhīna āmanū bil-qawli l-thābiti fī l-ḥayati l-dun'yā wafī l-ākhirati wayuḍillu l-lahu l-ẓālimīna wayafʿalu l-lahu mā yashāu
Dhivehi إيمان ވީ މީސްތަކުން ސާބިތު ތެދުބަސް މަތީ ﷲ تعالى ދުނިޔޭގެ حياة ގައިވެސް ސާބިތުކުރައްވައެވެ. އެއީ لاَ إله إلاّ ﷲ محمّد رسول ﷲ އެވެ. އަދި آخرة ގައިވެސް އެބައިމީހުން އެބަސްމަތީ ސާބިތުކުރައްވައެވެ. އަދި އަނިޔާވެރިން - مشرك ން ﷲ تعالى އެމީހުން މަގުފުރައްދަވައެވެ. އަދި ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާހާ ކަމެއްކުރައްވައެވެ. • ދަންނައެވެ! إيمان ވީ މީސްތަކުން ﷲ تعالى ثابت ކުރައްވާ ވާހަކައިގެތެރޭގައި އެމީހުންނާއި ކައްވަޅުގައި ސުވާލު ވެވެމުންދާއިރު ﷲ تعالى އެމީހުން ރަނގަޅު جواب ގައި ސާބިތުކުރައްވާ ކަމުގައި ގިނަ ރިވާޔަތުން އައިސްފައިވެއެވެ. والله أعلم.
Verse 28
۞ أَلَمْ تَرَ إِلَى ٱلَّذِينَ بَدَّلُوا۟ نِعْمَتَ ٱللَّهِ كُفْرًا وَأَحَلُّوا۟ قَوْمَهُمْ دَارَ ٱلْبَوَارِ
Transliteration alam tara ilā alladhīna baddalū niʿ'mata l-lahi kuf'ran wa-aḥallū qawmahum dāra l-bawāri
Dhivehi ،(29) (އޭ رسول ﷲ އެވެ!) ﷲ ގެ نعمة ކާފަރުކަމަކަށް ބަދަލުކުރިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި އެމީހުން އެމީހުންގެ قوم ހަލާކުގެތެރެއަށް ހަލާކުގެ ގޮވަތީގެތެރެއަށް ވައްޓައިލިއެވެ. އެގޮވައްޗަކީ جهَنَّم އެވެ. ނަރަކައެވެ. އެއީ ހަމަޖެހުމަށް قرار ވުމަށް ނުބައިވެގެންވާ ތަނެކެވެ.\n• ދަންނައެވެ! މިއާޔަތުގައި ސިފަވެގެން މިދަނީ محمّد ﷺ އާއި مكّة ގެ ކާފަރު قريش ންގެ ވާހަކަކަމުގައި تفسير علم ވެރިންކުރެ ވަރަށްގިނަ ބޭކަލުން ވިދާޅުވެއެވެ. އެމީހުންނަށް ﷲ ފޮނުއްވި نعمة އަކީ ﷲ ފޮނުއްވި މާތް رسول އާއެވެ. محمّد ﷺ އެވެ. އެއީ އެމީހުންނަށް އެކަލާނގެ ފޮނުއްވި ދުނިޔެއާއި آخرة ގެ نعمة އެވެ. އެމީހުން އެ نعمة އަށް ކާފަރުވީއެވެ. އެކަލޭގެފާނަށް إيمان ނުވެ އެކަލޭގެފާނު ރަށުންވެސް ނެރެލުމަށް މަސައްކަތް ކުރީއެވެ. އެ نعمة ކާފަރުކަމަށް ބަދަލުކުރީއެވެ. އަދި އެ قوم ގެ ބޮޑެތި ކާފަރުންގެ ސަބަބުން ދެންތިބި އެތައްބަޔަކުވެސް ހަލާކުގެތެރެއަށް ވެއްޓުނީއެވެ. ބަދުރު ހަނގުރާމައިގައި އެތައްބަޔަކު ކާފަރުކަންމަތީ މަރުވެދިޔައީއެވެ. މިވާހަކައިގެ ސަބަބު މައްކާގެ ކާފަރުންނާއި ގުޅިގެން އައިސްފައި އޮތެއްކަމަކު އެގޮތަށް ކަންތައްކުރާ އެންމެން އޭގެތެރެއަށް ނުވަދެ ނުދާނެ އެއްގޮތެއްވެސް ނެތެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކާ ކީރިތި قرآن އާއި މާތް سنّة ގައިވާ حكم ތަކާއި ހަމަތައް ދޫކޮށް އެޔާ خلاف قانون ތައް ހަދާ އެއަށް تبع ވުމަށް އަމުރުކުރާ ބަޔަކު މިއާޔަތުގެ ދަށަށް ނުވަންނާނެ ބާވައެވެ؟ މައްސަލަ ހަމަ އެއްމައްސަލައެކެވެ. ތަނާއި މީހުންގެ ތަފާތެއް މެނުވީ ނެތެއްނޫންތޯއެވެ. والله أعلم.
Verse 29
جَهَنَّمَ يَصْلَوْنَهَا ۖ وَبِئْسَ ٱلْقَرَارُ
Transliteration jahannama yaṣlawnahā wabi'sa l-qarāru
Dhivehi ،(29) (އޭ رسول ﷲ އެވެ!) ﷲ ގެ نعمة ކާފަރުކަމަކަށް ބަދަލުކުރިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި އެމީހުން އެމީހުންގެ قوم ހަލާކުގެތެރެއަށް ހަލާކުގެ ގޮވަތީގެތެރެއަށް ވައްޓައިލިއެވެ. އެގޮވައްޗަކީ جهَنَّم އެވެ. ނަރަކައެވެ. އެއީ ހަމަޖެހުމަށް قرار ވުމަށް ނުބައިވެގެންވާ ތަނެކެވެ.\n• ދަންނައެވެ! މިއާޔަތުގައި ސިފަވެގެން މިދަނީ محمّد ﷺ އާއި مكّة ގެ ކާފަރު قريش ންގެ ވާހަކަކަމުގައި تفسير علم ވެރިންކުރެ ވަރަށްގިނަ ބޭކަލުން ވިދާޅުވެއެވެ. އެމީހުންނަށް ﷲ ފޮނުއްވި نعمة އަކީ ﷲ ފޮނުއްވި މާތް رسول އާއެވެ. محمّد ﷺ އެވެ. އެއީ އެމީހުންނަށް އެކަލާނގެ ފޮނުއްވި ދުނިޔެއާއި آخرة ގެ نعمة އެވެ. އެމީހުން އެ نعمة އަށް ކާފަރުވީއެވެ. އެކަލޭގެފާނަށް إيمان ނުވެ އެކަލޭގެފާނު ރަށުންވެސް ނެރެލުމަށް މަސައްކަތް ކުރީއެވެ. އެ نعمة ކާފަރުކަމަށް ބަދަލުކުރީއެވެ. އަދި އެ قوم ގެ ބޮޑެތި ކާފަރުންގެ ސަބަބުން ދެންތިބި އެތައްބަޔަކުވެސް ހަލާކުގެތެރެއަށް ވެއްޓުނީއެވެ. ބަދުރު ހަނގުރާމައިގައި އެތައްބަޔަކު ކާފަރުކަންމަތީ މަރުވެދިޔައީއެވެ. މިވާހަކައިގެ ސަބަބު މައްކާގެ ކާފަރުންނާއި ގުޅިގެން އައިސްފައި އޮތެއްކަމަކު އެގޮތަށް ކަންތައްކުރާ އެންމެން އޭގެތެރެއަށް ނުވަދެ ނުދާނެ އެއްގޮތެއްވެސް ނެތެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކާ ކީރިތި قرآن އާއި މާތް سنّة ގައިވާ حكم ތަކާއި ހަމަތައް ދޫކޮށް އެޔާ خلاف قانون ތައް ހަދާ އެއަށް تبع ވުމަށް އަމުރުކުރާ ބަޔަކު މިއާޔަތުގެ ދަށަށް ނުވަންނާނެ ބާވައެވެ؟ މައްސަލަ ހަމަ އެއްމައްސަލައެކެވެ. ތަނާއި މީހުންގެ ތަފާތެއް މެނުވީ ނެތެއްނޫންތޯއެވެ. والله أعلم.
Verse 30
وَجَعَلُوا۟ لِلَّهِ أَندَادًا لِّيُضِلُّوا۟ عَن سَبِيلِهِۦ ۗ قُلْ تَمَتَّعُوا۟ فَإِنَّ مَصِيرَكُمْ إِلَى ٱلنَّارِ
Transliteration wajaʿalū lillahi andādan liyuḍillū ʿan sabīlihi qul tamattaʿū fa-inna maṣīrakum ilā l-nāri
Dhivehi އަދި އެމީހުން ﷲ އަށް شريك ންތަކެއް ލައި އެކަލާނގެއާއި ބައިވެރިކުރީއެވެ. އެއީ ﷲ ގެ މަގުން މީސްތަކުން ފުރައްދާ ދުރުކުރުމަށެވެ. ނުވަތަ އެމީހުން މަގުފުރެދުމަށްޓަކައެވެ. އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ދުނިޔޭގައި مدّة އަކު އަރާމުކުރާށެވެ! ހަމަކަށަވަރުން ކަލޭމެން އެނބުރިދިއުންވަނީ ނަރަކައަށެވެ. ނުވަތަ އެނބުރިދާތަން އޮތީ ނަރަކައިގައެވެ.
Verse 31
قُل لِّعِبَادِىَ ٱلَّذِينَ ءَامَنُوا۟ يُقِيمُوا۟ ٱلصَّلَوٰةَ وَيُنفِقُوا۟ مِمَّا رَزَقْنَـٰهُمْ سِرًّا وَعَلَانِيَةً مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خِلَـٰلٌ
Transliteration qul liʿibādiya alladhīna āmanū yuqīmū l-ṣalata wayunfiqū mimmā razaqnāhum sirran waʿalāniyatan min qabli an yatiya yawmun lā bayʿun fīhi walā khilālun
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނަށާއި ތިމަންރަސްކަލާނގެއަށް إيمان ވެގެންތިބި ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! އެމީހުން ނަމާދު قائم ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވިތަކެތީން ސިއްރާއި ފައުޅުގައި ހޭދަކުރާށެވެ! (ﷲ ގެ މަގުގައި ޒަކާތްދީ صدقاة ދީ ހަދާށެވެ!) އެއީ އެދުވަހުން އެއްވެސް ގަނެވިއްކުމެއް ނެތް އަދި فدية އެއް قبول ވުމެއްނެތް އަދި رحمة ތެރިކަމުގެ އެއްވެސް ކަމަކުންފައިދާއެއް ނުކުރާނެ (قيامة ދުވަސް) އައުމުގެ ކުރީންނެވެ.
Verse 32
ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ وَسَخَّرَ لَكُمُ ٱلْفُلْكَ لِتَجْرِىَ فِى ٱلْبَحْرِ بِأَمْرِهِۦ ۖ وَسَخَّرَ لَكُمُ ٱلْأَنْهَـٰرَ
Transliteration al-lahu alladhī khalaqa l-samāwāti wal-arḍa wa-anzala mina l-samāi māan fa-akhraja bihi mina l-thamarāti riz'qan lakum wasakhara lakumu l-ful'ka litajriya fī l-baḥri bi-amrihi wasakhara lakumu l-anhāra
Dhivehi އުޑުތަކާއި ބިން ނެތުމުގެތެރެއިން ހެއްދެވީ ހަމަ ﷲ އެވެ. އަދި އެކަލާނގެ އުޑުން ފެން ބާވައިލެއްވިއެވެ. ދެން އެފެނުގެ ބާރުގައި އެފެނުގެ ސަބަބުން ގަސްގަހުގެ މަތިވަރުތައް އެކަލާނގެ ކަލޭމެންނަށް ނެރެދެއްވިއެވެ. އެއީ ކަލޭމެންނަށްވާ ރިޒުގެއްގެގޮތުންނެވެ. އަދި އެކަލާނގެ އަމުރުފުޅަށް ކަނޑުގައި ދުވާ ނައުދޯނގުފަހަރު (މޫދުގައި ދުވާ އުޅަނދުތައް) އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ. އަދި ކަލޭމެންނަށްޓަކައި ކޯރުތައްވެސް އެކަލާނގެ ކިޔަމަންކޮށްދެއްވިއެވެ.
Verse 33
وَسَخَّرَ لَكُمُ ٱلشَّمْسَ وَٱلْقَمَرَ دَآئِبَيْنِ ۖ وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ
Transliteration wasakhara lakumu l-shamsa wal-qamara dāibayni wasakhara lakumu al-layla wal-nahāra
Dhivehi އަދި ދާއިމީގޮތެއްގައި އަރާއޮއްސޭގޮތަށް އިރާއި ހަނދު އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ. އަދި ރޭގަނޑާއި ދުވާލުވެސް (قواعد ން ތަރުތީބުވެ ހިނގާގޮތަށް) އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ.
Verse 34
وَءَاتَىٰكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا۟ نِعْمَتَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱلْإِنسَـٰنَ لَظَلُومٌ كَفَّارٌ
Transliteration waātākum min kulli mā sa-altumūhu wa-in taʿuddū niʿ'mata l-lahi lā tuḥ'ṣūhā inna l-insāna laẓalūmun kaffārun
Dhivehi އަދި އެއެއްޗަކަށް ކަލޭމެން އެދި އެކަލާނގެއާއި ސުވާލުކޮށް ދެންނެވި ކޮންމެއެއްޗަކުންވެސް އެކަލާނގެ އެއިން ބައެއްދެއްވިއެވެ. އަދި ކަލޭމެން ﷲ ގެ نعمة ތައް ގުނާ عدد ކުރިޔަސް އެ نعمة ތައް ކަލޭމެންނަށް عدد ކޮށް ހިމަނައި ނުގަނެވޭނެއެވެ. އެހާގިނަވާނެއެވެ. ހަމަކަށަވަރުން އިންސާނާވީ (އެ نعمة ތަކުގެ شكر އެކަލާނގެ ނޫންފަރާތަކަށް އަނބުރައިލާ އެކަލާނގެ ނޫންފަރާތަކަށް އަޅުކަންކުރުމުގެ ގޮތުން) އޭނާގެ نفس އަށް އަނިޔާވެރިއަކުކަމުގައެވެ. އަދި އެކަލާނގެއަށް ގިނަގިނައިން ކާފަރުވާމީހަކުކަމުގައެވެ.
Verse 35
وَإِذْ قَالَ إِبْرَٰهِيمُ رَبِّ ٱجْعَلْ هَـٰذَا ٱلْبَلَدَ ءَامِنًا وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلْأَصْنَامَ
Transliteration wa-idh qāla ib'rāhīmu rabbi ij'ʿal hādhā l-balada āminan wa-uj'nub'nī wabaniyya an naʿbuda l-aṣnāma
Dhivehi (އޭ رسول ﷲ އެވެ!) إبراهيم (عليه السّلام) އެކަލޭގެފާނުންގެ ربّ އަށް ދެންނެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! މިރަށް (مكّة) އަމާން ރަށެއްކަމުގައި ލައްވާންދޭވެ! އަދި މިއަޅާޔާ މިއަޅާގެ ދަރިން ބުދަށް އަޅުކަންކުރުމާ ދުރުކުރައްވާންދޭވެ!
Verse 36
رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ ٱلنَّاسِ ۖ فَمَن تَبِعَنِى فَإِنَّهُۥ مِنِّى ۖ وَمَنْ عَصَانِى فَإِنَّكَ غَفُورٌ رَّحِيمٌ
Transliteration rabbi innahunna aḍlalna kathīran mina l-nāsi faman tabiʿanī fa-innahu minnī waman ʿaṣānī fa-innaka ghafūrun raḥīmun
Dhivehi އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން އެތަކެތި يعني: އެބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ މިއަޅާއާއި تبع ވެއްޖެމީހަކީ (މިއަޅާގެ މަގާއި تبع ވެއްޖެމީހަކީ) ހަމަކަށަވަރުން މިއަޅާގެ މީހެކެވެ. މިއަޅާގެ މަގުގައި އަދި މިއަޅާގެ سنّة ގައިވާ މީހެކެވެ. އަދި މިއަޅާއަށް އުރެދިއްޖެމީހަކީ މިއަޅާގެ މަގުގައިވާ މީހެއް ނޫނެވެ. އަދި ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 37
رَّبَّنَآ إِنِّىٓ أَسْكَنتُ مِن ذُرِّيَّتِى بِوَادٍ غَيْرِ ذِى زَرْعٍ عِندَ بَيْتِكَ ٱلْمُحَرَّمِ رَبَّنَا لِيُقِيمُوا۟ ٱلصَّلَوٰةَ فَٱجْعَلْ أَفْـِٔدَةً مِّنَ ٱلنَّاسِ تَهْوِىٓ إِلَيْهِمْ وَٱرْزُقْهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمْ يَشْكُرُونَ
Transliteration rabbanā innī askantu min dhurriyyatī biwādin ghayri dhī zarʿin ʿinda baytika l-muḥarami rabbanā liyuqīmū l-ṣalata fa-ij'ʿal afidatan mina l-nāsi tahwī ilayhim wa-ur'zuq'hum mina l-thamarāti laʿallahum yashkurūna
Dhivehi އޭ އަޅަމެންގެ ربّ އެވެ! އެއްވެސް ދަނޑުބިމެއް ގަހެއްނެތް ހުސްވާދީއެއްގައި މިއަޅާގެ ދަރިފަސްކޮޅުން ބަޔަކު މިއަޅާ ވަޒަންވެރިކުރުވައިފީމެވެ. އެއީ އިބަރަސްކަލާނގެ حرمة ތެރިކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅުކައިރީގައެވެ. މިއަޅާ އެގޮތަށް މިހެދީ އެމީހުން ނަމާދު قائم ކުރުމަށްޓަކައެވެ. (އިބަރަސްކަލާނގެ ގެފުޅު ކައިރީގައި އެމީހުން އަޅުކަންކުރުމަށްޓަކައެވެ.)\nފަހެ މީސްތަކުންކުރެ ބަޔަކުމީހުންގެ ހިތްތައް (ﷲ އަށްޓަކައި ލޯބިވެތިކަމާއި އޯގާވެރިކަމާއިއެކު) އެމީހުންނާއި ދިމާއަށް ލެނބޭނެގޮތް އިބަރަސްކަލާނގެ ލައްވާނދޭވެ! (މިބަސްފުޅުން މުރާދުކުރެވެނީ މީސްތަކުން އެތަނަށް حجّ އަށް އައުމަށް އެދިވަޑައިގެންނެވުން ކަމުގައި ބައެއް مفسّر ން ލިއުއްވައެވެ.) އަދި މޭވާގެ ބާވަތްތަކާއި ގަސްގަހުގެ އެހެނިހެން نتيجة ތަކުން އެމީހުންނަށް ރިޒުގު ދެއްވާނދޭވެ! އެއީ އެމީހުންނީ އިބަރަސްކަލާނގެއަށް شكر ކުރާބަޔަކުކަމުގައި ވުމުގެ أمّيد ގައެވެ. ނޯޓް: ކޮންމެޔަކަސް އެކަލޭގެފާނުންގެ މި دعاء ފުޅުގެ بركاة އާއި އޭގެ އަސަރު މިހާރު އެތަނަށް ދެވުނުބަޔަކަށް ފެންނާނެއެވެ. މޭވަޔާ ތަރުކާރީއާއި އެހެނިހެން ބާވަތުގެ މުދާ مكّة އާއި ގެފުޅުގެ ވަށަވަށައިގެންވާ ހިސާބަށްވުރެ ވަކިގިނަވާނެ އެހެންތަނެއް ނެތޭވެސް ބުނާހާވަރުވެއެވެ.
Verse 38
رَبَّنَآ إِنَّكَ تَعْلَمُ مَا نُخْفِى وَمَا نُعْلِنُ ۗ وَمَا يَخْفَىٰ عَلَى ٱللَّهِ مِن شَىْءٍ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ
Transliteration rabbanā innaka taʿlamu mā nukh'fī wamā nuʿ'linu wamā yakhfā ʿalā l-lahi min shayin fī l-arḍi walā fī l-samāi
Dhivehi އޭ އަޅަމެންގެ ربّ އެވެ! އަޅަމެން ވަންހަނާކުރާ ތަކެއްޗާއި އަދި އަޅަމެން ފައުޅުކުރާ ތަކެތިވެސް އިބަރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އުޑުތަކާއި ބިމުގައި ހަމައެއްވެސްކަމެއްވެސް އަދި އެއްވެސް އެއްޗެއްވެސް ﷲ އަށް ވަންހަނާވެގެން ނުވެއެވެ.
Verse 39
ٱلْحَمْدُ لِلَّهِ ٱلَّذِى وَهَبَ لِى عَلَى ٱلْكِبَرِ إِسْمَـٰعِيلَ وَإِسْحَـٰقَ ۚ إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ
Transliteration al-ḥamdu lillahi alladhī wahaba lī ʿalā l-kibari is'māʿīla wa-is'ḥāqa inna rabbī lasamīʿu l-duʿāi
Dhivehi އެންމެހައި حمد އާއި تعريف އާއި ثناء އެއްހުރީ ﷲ އަށެވެ. އެކަލާނގެއީ މިއަޅާގެ عمر ން ދުވަސްވުމާއެކުވެސް މިއަޅާއަށް إسماعيل އާއި إسحاق (عليه السّلام) މިދެދަރިން ދެއްވި ކަލާނގެއެވެ. ހަމަކަށަވަރުން މިއަޅާގެ ربّ އެއީ دعاء އައްސަވާވޮޑިގެންވާ ކަލާނގެކަން يقين އެވެ.
Verse 40
رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى ۚ رَبَّنَا وَتَقَبَّلْ دُعَآءِ
Transliteration rabbi ij'ʿalnī muqīma l-ṣalati wamin dhurriyyatī rabbanā wataqabbal duʿāi
Dhivehi އޭ އަޅުގެ ربّ އެވެ! މިއަޅާ ނަމާދު قائم ކުރާމީހުންގެތެރެއިން ލައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅުންވެސް އެފަދަމީހުން ލައްވާނދޭވެ! (އެބަހީ: ނަމާދު قائم ކޮށް ﷲ ގެ أمر ތަކަށް ކިޔަމަންވާ އަދި ނަހީތަކުން ދުރުވާ ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ! އޭ އަޅަމެންގެ ربّ އެވެ! އަދި މިއަޅާގެ دعاء قبول ކުރައްވާނދޭވެ!
Verse 41
رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ
Transliteration rabbanā igh'fir lī waliwālidayya walil'mu'minīna yawma yaqūmu l-ḥisābu
Dhivehi އޭ އަޅު ގެ ربّ އެވެ! މިއަޅާއަށް ފުއްސަވާނދޭވެ! އަދި މިއަޅާގެ މައިންބަފައިންނަށާއި އަދި\nمؤمن ންނަށްވެސް މީސްތަކުންގެ ހިސާބު ބެއްލެވުމަށް ﷲ ގެ حضرة ގައި ކޮޅަށް ތިބޭދުވަހު ފާފަފުއްސަވާނދޭވެ!
Verse 42
وَلَا تَحْسَبَنَّ ٱللَّهَ غَـٰفِلًا عَمَّا يَعْمَلُ ٱلظَّـٰلِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ ٱلْأَبْصَـٰرُ
Transliteration walā taḥsabanna l-laha ghāfilan ʿammā yaʿmalu l-ẓālimūna innamā yu-akhiruhum liyawmin tashkhaṣu fīhi l-abṣāru
Dhivehi (އޭ رسول ﷲ އެވެ!) އަދި މިއަނިޔާވެރިން - مشرك ން - ކުރާކަންތައްތަކާއިމެދު ﷲ غافل ވެވޮޑިގެންވާކަމުގައި ކަލޭގެފާނު ހީފުޅު ނުކުރައްވާށެވެ! އެމީހުން އެވަނީ އެދުވަހެއްގައި ލޯތައް މައްޗަށް ހުޅުވި ނުލެއްޕި ހުންނަ ދުވަހަކަށްޓަކައި ލަސްކުރެވިފައެވެ.
Verse 43
مُهْطِعِينَ مُقْنِعِى رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْـِٔدَتُهُمْ هَوَآءٌ
Transliteration muh'ṭiʿīna muq'niʿī ruūsihim lā yartaddu ilayhim ṭarfuhum wa-afidatuhum hawāon
Dhivehi އެމީހުންގެ ބޯތައް އުފުލި (ބިރުވެރިކަން ބޮޑުކަމުންގޮސް) ލޯތައް ހުޅުވި ލޮލުގެ ކަޅިތައްބޮޑުވެ އަވަސްއަވަހަށް ބެލުމަށް ލޯތައް ދަމައިގެންވާނެއެވެ. އަދި އެމީހުންގެ ހިތްތައް މުޅިން ހެޔޮކަމުން ހުސްވެ، އެއްޗެއް ނުވިސްނި حيران ކަމެއްގައިވާނެތެވެ. (އެއްވެސް އެއްޗެއް ހިތުގައި ނުވާނެއެވެ. އެއީ ހަމަ ބިރުވެރިކަން ބޮޑުވުމުގެ ސަބަބުންނެވެ.)
Verse 44
وَأَنذِرِ ٱلنَّاسَ يَوْمَ يَأْتِيهِمُ ٱلْعَذَابُ فَيَقُولُ ٱلَّذِينَ ظَلَمُوا۟ رَبَّنَآ أَخِّرْنَآ إِلَىٰٓ أَجَلٍ قَرِيبٍ نُّجِبْ دَعْوَتَكَ وَنَتَّبِعِ ٱلرُّسُلَ ۗ أَوَلَمْ تَكُونُوٓا۟ أَقْسَمْتُم مِّن قَبْلُ مَا لَكُم مِّن زَوَالٍ
Transliteration wa-andhiri l-nāsa yawma yatīhimu l-ʿadhābu fayaqūlu alladhīna ẓalamū rabbanā akhir'nā ilā ajalin qarībin nujib daʿwataka wanattabiʿi l-rusula awalam takūnū aqsamtum min qablu mā lakum min zawālin
Dhivehi އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެބައެއްގެ ގާތަށް رسول ކަމާއިގެން ފޮނުވުނު މީސްތަކުންނަށް ކަލޭގެފާނު إنذار ކުރައްވާށެވެ! އެއީ އެމީހުންނަށް عذاب އަންނާނެ قيامة ދުވަހުގެ ވާހަކައިންނެވެ. އެދުވަހުން އަނިޔާވެރިން يعني: مشرك ން - ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! ކުޑަ مدّة އަކަށް ގާތް مدّة އަކަށް އަޅަމެން ފަސްކުރައްވާނދޭވެ! އަޅަމެންގެ ކިބައިން عذاب ދުރުކުރައްވާނދޭވެ! އޭރުން އިބަރަސްކަލާނގެ دعوة އަޅަމެން قبول ކޮށް އެއަށް އިޖާބަދޭހުށީމެވެ. އަދި رسول ބޭކަލުންނާ އަޅަމެން تبع ވާހުށީމެވެ. (އޭގެ ޖަވާބުގައި ﷲ އެމީހުންނަށް އަންގަވައެވެ.) މީގެކުރިން ކަލޭމެން ދުނިޔޭގައި ތިބިއިރު ކަލޭމެން آخرة އަށް ނާންނާނެކަމުގައި - قيامة ނުވާނެކަމުގައި ހުވައިކޮށްފާ ބުނާކަމުގައި ކަލޭމެން ނުވަމުހެއްޔެވެ؟ (އެބަހީ: قيامة ނުވާނެކަމަށް ކަލޭމެން ހުވައިކޮށްފާ ބުންޏެވެ.)
Verse 45
وَسَكَنتُمْ فِى مَسَـٰكِنِ ٱلَّذِينَ ظَلَمُوٓا۟ أَنفُسَهُمْ وَتَبَيَّنَ لَكُمْ كَيْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ ٱلْأَمْثَالَ
Transliteration wasakantum fī masākini alladhīna ẓalamū anfusahum watabayyana lakum kayfa faʿalnā bihim waḍarabnā lakumu l-amthāla
Dhivehi އަދި ކަލޭމެން ވަޒަންވެރިވެގެން ތިޔައުޅެނީ އެމީހުން ކާފަރުވުމުގެ ސަބަބުން އަމިއްލަ نفس އަށް އަނިޔާވެރިވީ މީސްތަކުންގެ ޖާގަތަކުގައެވެ. އެމީހުން އުޅުނު ތަންތާނގައެވެ. އަދި އެމީހުންނާއިމެދު ތިމަންރަސްކަލާނގެ ކަންތައްކުރެއްވީ ކޮންފަދައަކުންކަން ކަލޭމެނަށް ރަނގަޅަށް ބަޔާންވެ އެނގޭނެއެވެ. (އެމީހުން ތިމަންރަސްކަލާނގެއަށް އުރެދި ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅައިގަތްހިނދުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. ކަލޭމެންގެ حال ވެސް އެހެން ވެދާނެއެވެ.) އަދި ކަލޭމެންގެ شرك ކަންތައްތަކުގެ مثال ތައް ތިމަންރަސްކަލާނގެ ކަލޭމެނަށް ޖައްސަވައިދެއްވައިފީމެވެ. ދެން މިހާރު ކަލޭމެންނަށް ތިޔަޖެހިފައިވާ عذاب ލުއިކުރުމަށް ކަލޭމެންނަށް عذاب ލަސްކުރުމަށް ތިޔައެދެނީއެވެ.
Verse 46
وَقَدْ مَكَرُوا۟ مَكْرَهُمْ وَعِندَ ٱللَّهِ مَكْرُهُمْ وَإِن كَانَ مَكْرُهُمْ لِتَزُولَ مِنْهُ ٱلْجِبَالُ
Transliteration waqad makarū makrahum waʿinda l-lahi makruhum wa-in kāna makruhum litazūla min'hu l-jibālu
Dhivehi އަދި އެމީހުން އެހެދި މަކަރުތައް އެމީހުން ހެދިއެވެ. ރޭވުންތައް ރޭވިއެވެ. އަދި އެމީހުންގެ މަކަރުތައް އަދި ރޭވުންތައް ﷲ ގެ حضرة ގައިވެއެވެ. އެބަހީ: އެމީހުންގެ ރޭވުމުގެ ނުބައިކަމާއި شرك، ﷲ ދެނެވޮޑިގެންވެއެވެ. އެމީހުންގެ މަކަރާއި ރޭވުން ފަރުބަދަތައް ބުރައިގެންގޮސް ފިލައިގެން ދިއުން ގާތްވެގެންވެއެވެ. އެހާވެސް ބޮޑެވެ.
Verse 47
فَلَا تَحْسَبَنَّ ٱللَّهَ مُخْلِفَ وَعْدِهِۦ رُسُلَهُۥٓ ۗ إِنَّ ٱللَّهَ عَزِيزٌ ذُو ٱنتِقَامٍ
Transliteration falā taḥsabanna l-laha mukh'lifa waʿdihi rusulahu inna l-laha ʿazīzun dhū intiqāmin
Dhivehi (އޭ رسول ﷲ އެވެ!) ފަހެ ﷲ އީ އެކަލާނގެ رسول ންނަށް ކުރައްވާފައިވާ وعد ފުޅާއި خلاف ވެވޮޑިގަންނަވާނެ ކަލަކުކަމުގައި ކަލޭގެފާނު ހީފުޅު ނުކުރައްވާހުށިކަމެވެ! (އެ وعد ފުޅަކީ އެބޭކަލުންނަށާއި އެބޭކަލުންނަށް تبع ވީ ބަޔަކަށް نصر އާއި كامياب ދެއްވުމެވެ. އެބޭކަލުންނާއި އިދިކޮޅު ހެދިބަޔަކަށް ގެއްލުމާއި ހަލާކު ހުރިކަމުގެ وعد ފުޅެވެ.) ހަމަކަށަވަރުން ﷲ އީ عزّة ވަންތަ އެބަހީ: ގަދަފަދަވަންތަ އަދި ބަދަލު ހިއްޕެވުމުގެ ވެރިކަލާނގެއެވެ.
Verse 48
يَوْمَ تُبَدَّلُ ٱلْأَرْضُ غَيْرَ ٱلْأَرْضِ وَٱلسَّمَـٰوَٰتُ ۖ وَبَرَزُوا۟ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ
Transliteration yawma tubaddalu l-arḍu ghayra l-arḍi wal-samāwātu wabarazū lillahi l-wāḥidi l-qahāri
Dhivehi އެއީ މިހާރު މިވާ ބިން އެހެން ބިމަކަށް ބަދަލުވާ ދުވަހެވެ. (މިބިން ބަދަލުވެ ހުދު ރިހިގަނޑެއްފަދައިން ލައްވާނެކަމުގައި ބުނެވެއެވެ.) އަދި މިއުޑުތައްވެސް އެހެން އުޑުތަކަކަށް ބަދަލުވެގެން ދާނޭ ދުވަހުންނެވެ. އަދި އެންމެހައި މީސްތަކުން ކަށްވަޅުތަކުން ނުކުމެގެން އެއްކައުވަންތަ ކުޅަދުންވަންތަ ކަލާނގެއަށް ފައުޅުވެގަންނާނެއެވެ.
Verse 49
وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِى ٱلْأَصْفَادِ
Transliteration watarā l-muj'rimīna yawma-idhin muqarranīna fī l-aṣfādi
Dhivehi (އޭ رسول ﷲ އެވެ!) އަދި އެދުވަހުން- އެބަހީ: قيامة ދުވަހުން ކަލޭގެފާނަށް ކުށްވެރިން يعني:مجرم ން ފެނިވަޑައިގަންނަވާނީ އެމީހުންގެ އަތްތަކާއި ފައިތައް އެމީހުންގެ ކަނދުރާތަކާއިއެކު ކަސްތަޅު އެޅެވިގެންވާތީއެވެ.
Verse 50
سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ ٱلنَّارُ
Transliteration sarābīluhum min qaṭirānin wataghshā wujūhahumu l-nāru
Dhivehi އެމީހުންގެ ގައިގައިވާ ލިބާސްވާނީ قَطِرَانُ ކިޔާ ކަޅުކުލައިގެ މާއްދާއަކުންނެވެ. (އެއީ ބޮލާކީނުކަހަލަ ތާރުކަހަލަ އަވަހަށް އަލިފާން ހިފާކަހަލަ ހޫނުގަދަ މާއްދާއެއްކަމުގައިވެއެވެ. އެއަށް ދިވެހިން ކިޔަނީ ކަތުރާނު ކަމަށްހީވެއެވެ. ނުވަތަ އެއީ ލޮއެވެ. والله أعلم) އަދި އެމީހުންގެ މޫނުތައް އަލިފާނުން ނިވައިކުރާނެއެވެ. އެބަހީ: އެމީހުންގެ މޫނުތައްވާނީ ނަރަކައިގެ އަލިފާނުން ނިވައިވެފައެވެ.
Verse 51
لِيَجْزِىَ ٱللَّهُ كُلَّ نَفْسٍ مَّا كَسَبَتْ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
Transliteration liyajziya l-lahu kulla nafsin mā kasabat inna l-laha sarīʿu l-ḥisābi
Dhivehi އެކަން އެހެން އެހައްދަވަނީ ﷲ تعالى ކޮންމެ نفس އަކަށްވެސް އެ نفس އެއްކުރި މަސައްކަތުގެ ކުރި عمل ގެ جزاء ދެއްވުމަށެވެ. ހަމަކަށަވަރުން ﷲ تعالى އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.
Verse 52
هَـٰذَا بَلَـٰغٌ لِّلنَّاسِ وَلِيُنذَرُوا۟ بِهِۦ وَلِيَعْلَمُوٓا۟ أَنَّمَا هُوَ إِلَـٰهٌ وَٰحِدٌ وَلِيَذَّكَّرَ أُو۟لُوا۟ ٱلْأَلْبَـٰبِ
Transliteration hādhā balāghun lilnnāsi waliyundharū bihi waliyaʿlamū annamā huwa ilāhun wāḥidun waliyadhakkara ulū l-albābi
Dhivehi މި قرآن މިއީ މީސްތަކުންނަށްވާ އިއްވައިލުމެކެވެ. އެބަހީ: ﷲ تعالى ގެ حضرة ން އެންމެހައި މީސްތަކުންނަށްވާ وعظ އާއި نصيحة އާއި عبرة އަންގަވާ އިއްވަވައިލުމެކެވެ. އަދި އެމީހުން ބިރުވެތިވެ وعظ އާއި نصيحة ލިބިގަންނަހުށިކަމެވެ! އަދި ހަމަކަށަވަރުން ﷲ تعالى އީ ހަމަ އެންމެ إله އަކު ކަން އެމީހުން ދަންނަހުށިކަމެވެ! އަދި ބޯހުރި ބުއްދިވެރި މީހުން نصيحة އާއި وعظ އާއި عبرة ލިބިގަންނަހުރިކަމެވެ! والله أعلم بالصّواب.
Read Surah Ibrahim in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.