Surah Ali 'Imran in Dhivehi: translation and audio
Surah 3 · آل عمران · Family of Imran · 200 verses
Surah Ali 'Imran verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Ali 'Imran word by word in English.
Verse 1
الٓمٓ
Transliteration alif-lam-meem
Dhivehi الم މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. (سُورَةُ البَقَرَة) ފެށުނުތާގައި މިޔާބެހޭކުޑަވާހަކަކޮޅެއްވާނެއެވެ.)
Verse 2
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ
Transliteration al-lahu lā ilāha illā huwa l-ḥayu l-qayūmu
Dhivehi ﷲ އެއީ އެކަލާނގެ މެނުވީ އަޅުކަން އެފަރާތަކަށް ވެވުން حقّ ވެގެންނުވާ ކަލާނގެއެވެ. އެއީ އަވަހާރަވުމެއްނުވާ ފަނާވުމެއްނުވާ ދިރިދެމިވޮޑިގެންވާ އަދި އެންމެހައި خلق ތަކުންގެ ކަންތައްތައް تَدْبِيْرُ ކުރެއްވުމާއިގެން قائم ވެވޮޑިގެންވާ ކަލާނގެއެވެ.
Verse 3
نَزَّلَ عَلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ ٱلتَّوْرَىٰةَ وَٱلْإِنجِيلَ
Transliteration nazzala ʿalayka l-kitāba bil-ḥaqi muṣaddiqan limā bayna yadayhi wa-anzala l-tawrāta wal-injīla
Dhivehi ،(4) (އޭ رَسُول ﷲ އެވެ!) އެކަލާނގެއީ ކަލޭގެފާނުންގެމައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އެއީ ކީރިތި قرآن އެވެ. އެފޮތް އެކަލާނގެ ބާވައިލައްވާފައިވަނީ ހަމަ حقّ ގޮތުގައެވެ. އަދި އެފޮތުގެ ކުރީގައިވާ ފޮތްތައްވެސް އެބަހީ سَمَاوِي ފޮތްތައް ތެދުކުރާ ފޮތެއްގެގޮތުގައެވެ. އަދި މިފޮތުގެ ކުރިން މީސްތަކުންނަށް ތެދުމަގެއްގެ ގޮތުން توراة އާއި إنجيل ވެސް އެކަލާނގެ ބާވައިލެއްވިއެވެ. އަދި حقّ އާއި بَاطل ވަކިކުރާ فُرْقَان ވެސް އެކަލާނގެ ބާވައިލެއްވިއެވެ. (އެއީ عيسى (عليه السّلام) އާއިމެދު حقّ އާއި بَاطل ވަކިކޮށްދޭ ނުވަތަ ހުރިހާކަމެއްގެ حقّ އާއި بَاطل ވަކިކޮށްދޭ މިފޮތެވެ.) އަދި ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން (ދަންނައެވެ!) އެމީހުންނަށް ހުރީ ހަމަ ގަދަވެގެންވާ عَذَاب އެވެ. އަދި ﷲ އީ عِزَّة ވަންތަ ކަލާނގެއެވެ. އަދި ބަދަލުހިއްޕެވުމުގެ ވެރިކަލާނގެއެވެ.
Verse 4
مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ ٱلْفُرْقَانَ ۗ إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ لَهُمْ عَذَابٌ شَدِيدٌ ۗ وَٱللَّهُ عَزِيزٌ ذُو ٱنتِقَامٍ
Transliteration min qablu hudan lilnnāsi wa-anzala l-fur'qāna inna alladhīna kafarū biāyāti l-lahi lahum ʿadhābun shadīdun wal-lahu ʿazīzun dhū intiqāmin
Dhivehi ،(4) (އޭ رَسُول ﷲ އެވެ!) އެކަލާނގެއީ ކަލޭގެފާނުންގެމައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އެއީ ކީރިތި قرآن އެވެ. އެފޮތް އެކަލާނގެ ބާވައިލައްވާފައިވަނީ ހަމަ حقّ ގޮތުގައެވެ. އަދި އެފޮތުގެ ކުރީގައިވާ ފޮތްތައްވެސް އެބަހީ سَمَاوِي ފޮތްތައް ތެދުކުރާ ފޮތެއްގެގޮތުގައެވެ. އަދި މިފޮތުގެ ކުރިން މީސްތަކުންނަށް ތެދުމަގެއްގެ ގޮތުން توراة އާއި إنجيل ވެސް އެކަލާނގެ ބާވައިލެއްވިއެވެ. އަދި حقّ އާއި بَاطل ވަކިކުރާ فُرْقَان ވެސް އެކަލާނގެ ބާވައިލެއްވިއެވެ. (އެއީ عيسى (عليه السّلام) އާއިމެދު حقّ އާއި بَاطل ވަކިކޮށްދޭ ނުވަތަ ހުރިހާކަމެއްގެ حقّ އާއި بَاطل ވަކިކޮށްދޭ މިފޮތެވެ.) އަދި ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން (ދަންނައެވެ!) އެމީހުންނަށް ހުރީ ހަމަ ގަދަވެގެންވާ عَذَاب އެވެ. އަދި ﷲ އީ عِزَّة ވަންތަ ކަލާނގެއެވެ. އަދި ބަދަލުހިއްޕެވުމުގެ ވެރިކަލާނގެއެވެ.
Verse 5
إِنَّ ٱللَّهَ لَا يَخْفَىٰ عَلَيْهِ شَىْءٌ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ
Transliteration inna l-laha lā yakhfā ʿalayhi shayon fī l-arḍi walā fī l-samāi
Dhivehi ހަމަކަށަވަރުން އުޑާއި ބިމުގައިވިޔަސް އެއްވެސް އެއްޗެއް ﷲ އަށް ވަންހަނާވެގެންނުވެއެވެ.
Verse 6
هُوَ ٱلَّذِى يُصَوِّرُكُمْ فِى ٱلْأَرْحَامِ كَيْفَ يَشَآءُ ۚ لَآ إِلَـٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ
Transliteration huwa alladhī yuṣawwirukum fī l-arḥāmi kayfa yashāu lā ilāha illā huwa l-ʿazīzu l-ḥakīmu
Dhivehi މައިންގެ رَحِمُ ތަކުގައި އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން ކަލޭމެން صُوْرَة ކުރައްވާނީ - ސިފަކުރައްވަނީ ހަމަ އެކަލާނގެއެވެ. ﷲ އެވެ! އެކަލާނގެ މެނުވީ حقّ ވެގެންވާ އެހެން އެއްވެސް إله އަކު ނުވެއެވެ. އެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
Verse 7
هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَـٰبَ مِنْهُ ءَايَـٰتٌ مُّحْكَمَـٰتٌ هُنَّ أُمُّ ٱلْكِتَـٰبِ وَأُخَرُ مُتَشَـٰبِهَـٰتٌ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَـٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ
Transliteration huwa alladhī anzala ʿalayka l-kitāba min'hu āyātun muḥ'kamātun hunna ummu l-kitābi wa-ukharu mutashābihātun fa-ammā alladhīna fī qulūbihim zayghun fayattabiʿūna mā tashābaha min'hu ib'tighāa l-fit'nati wa-ib'tighāa tawīlihi wamā yaʿlamu tawīlahu illā l-lahu wal-rāsikhūna fī l-ʿil'mi yaqūlūna āmannā bihi kullun min ʿindi rabbinā wamā yadhakkaru illā ulū l-albābi
Dhivehi (އޭ رسُول ﷲ!) ކަލޭގެފާނަށް ފޮތް (ކީރިތި قرآن) ބާވައިލެއްވީ ހަމަ އެކަލާނގެއެވެ. ﷲ އެވެ. އެފޮތުގައި مُحْكَمُ އާޔަތްތައްވެއެވެ. އަދި އަނެއްބައި އާޔަތްތަކަކީ مُتَشَابِهُ އާޔަތެވެ. • ދަންނައެވެ! މިތާގައި މިވާ محكم އާ مُتشابه އާއި ދެކަލިމަގެ مُراد އާއިމެދު مُفَسِّر ންގެ ބަސް ތަފާތެވެ. އޭގެތެރެއިން އެންމެ ރަނގަޅު مُرَاد އެއްކަމުގައިވަނީ: مُحْكَمُ އާޔަތަކީ އޭގެ تَفْسير އާއި މާނަ ރަނގަޅަށް ވިސްނޭ އަދި ދެމާނައެއް مُرَاد ކުރެވޭންނެތް ހަމައެކަނި އެއްމާނައެއް ކަނޑައެޅޭ صَرِيح އާޔަތްތަކެވެ. مُتشابه އާޔަތަކީ އޭގައި ދެމާނައެއް ކުރެވިދާފަދަ އޮޅުން ހުރި ހަމައެކަނި އޭގެ މާނަ ﷲ ގެ ދެނެވޮޑިގަތުމުގެ ތެރޭގައިވާ އާޔަތްތަކެވެ. والله أعلم.\nދެންފަހެ ދަންނައެވެ! مُحْكَمُ އާޔަތްތައް އެއީ ފޮތުގެމައިގަނޑެވެ. މަންމައެވެ. أصل އެވެ. ފަހެ ތިމާމެންގެ ހިތްތަކުގައި حقّ އާއި ދުރަށް ލެނބުންވާމީހުން ތިމާއެދޭގޮތަކަށް وحي އާއި ކުޅެން އެދޭމީހުން ދަންނައެވެ! ފަހެ އެމީހުން تَبَعَ ވަނީ އެ قرآن ގައިވާ مُتشابه އާޔަތާއެވެ. އޮޅުވާލާ ވާވައްދާލަން އެދިގެންނެވެ. އަދި ނުބައި فَاسِدُ تَأْوِيْلُ ކޮށް تفسير ކުރަންވެގެންނެވެ. އަދި އޭގެ تفسير އާއި مراد ހަމައެކަނި ﷲ އަށްމެނުވީ އެނގިގެން ނުވެއެވެ. އަދި علم ގައި އަޑިޔަށް ފައިބައިފައިވާ ސާބިތު ބޮޑެތި عَالِمُ ންވެސް ވިދާޅުވާނީ އަހުރެމެން މިވަނީ އެ مُتشابه ތަކެއްޗަށް (ﷲ ގެ مُراد ގެމަތީން) އީމާންވެގެންނެވެ. އެހުރިހާ ތަކެއްޗަކީ އަހުރެމެންގެ رَبّ ގެ حضرة ންވާ ތަކެއްޗެވެ. މިއެވެ. އަދި ބޯ ރަނގަޅު ބުއްދިވެރިންމެނުވީ وَعْظُ އާއި نَصِيحة ލިބިނުގަންނާނެއެވެ.
Verse 8
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ
Transliteration rabbanā lā tuzigh qulūbanā baʿda idh hadaytanā wahab lanā min ladunka raḥmatan innaka anta l-wahābu
Dhivehi (علم ގައި ފުނަށް ފޭބިމީހުން ދަންނަވައެވެ!) އޭ އަޅަމެންގެ رَبّ އެވެ! އިބަރަސްކަލާނގެ އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހު އަޅަމެންގެ ހިތްތައް (ތެދުމަގާއި ދުރަށް) ނުލަންބަވާނދޭވެ! އަދި އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رَحْمَة އެއް ދެއްވާނދޭވެ! (ތެދުމަގުގައި ތިބުމުގެ توفيق ދެއްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ދެއްވުންތައް ދެއްވާ ކަލާނގެއެވެ.
Verse 9
رَبَّنَآ إِنَّكَ جَامِعُ ٱلنَّاسِ لِيَوْمٍ لَّا رَيْبَ فِيهِ ۚ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ
Transliteration rabbanā innaka jāmiʿu l-nāsi liyawmin lā rayba fīhi inna l-laha lā yukh'lifu l-mīʿāda
Dhivehi އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އެދުވަހާއި ދޭތެރޭ އެއްވެސް ޝައްކެއްނެތް ދުވަހަކަށް އެންމެހައި މީސްތަކުން އެއްކުރައްވާނޭ ކަލާނގެއެވެ. އެއީ ޤިޔާމަތްދުވަހެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެ وعد އާއި خلاف ވެވޮޑިނުގަންނަވައެވެ.
Verse 10
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًٔا ۖ وَأُو۟لَـٰٓئِكَ هُمْ وَقُودُ ٱلنَّارِ
Transliteration inna alladhīna kafarū lan tugh'niya ʿanhum amwāluhum walā awlāduhum mina l-lahi shayan wa-ulāika hum waqūdu l-nāri
Dhivehi ހަމަކަށަވަރުން ކާފަރުވެއްޖެ މީސްތަކުންނަށް އެމީހުންގެ މުދަލުންވިޔަސް އަދި އެމީހުންގެ ދަރިންގެ ފަރާތުންވިޔަސް ﷲ ގެ حضرة ން އަންނަ އެއްވެސް ނުރައްކަލަކުން ކަމެއް ފުއްދައެއް ނުދޭނެއެވެ. އަދި ކަނޑައެޅިގެން އެމީހުން އެއީ ނަރަކައިގެ ދަރެވެ.
Verse 11
كَدَأْبِ ءَالِ فِرْعَوْنَ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَـٰتِنَا فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ ۗ وَٱللَّهُ شَدِيدُ ٱلْعِقَابِ
Transliteration kadabi āli fir'ʿawna wa-alladhīna min qablihim kadhabū biāyātinā fa-akhadhahumu l-lahu bidhunūbihim wal-lahu shadīdu l-ʿiqābi
Dhivehi (އެމީހުން) فرعون ގެ آل ންނާ ހަމައެއްގޮތެވެ. އެމީހުންގެ އާދައެވެ. އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރީއެވެ. ދެންފަހެ އެމީހުންގެ ފާފަތަކުގެ ސަބަބުން ﷲ تعالى އެމީހުން ހިއްޕެވީއެވެ. އެމީހުން ހަލާކުކުރެއްވިއެވެ. އަދި ﷲ އީ عقوبة ގަދަފަދަވެގެންވާ ކަލާނގެއެވެ.
Verse 12
قُل لِّلَّذِينَ كَفَرُوا۟ سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ ۚ وَبِئْسَ ٱلْمِهَادُ
Transliteration qul lilladhīna kafarū satugh'labūna watuḥ'sharūna ilā jahannama wabi'sa l-mihādu
Dhivehi (އޭ رَسول ﷲ އެވެ!) ކާފަރުވީ މީސްތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ނިކަންހުރެ ކަލޭމެން ދެރަކުރެވޭނެއެވެ. އަދި ނަރަކައަށް ޖަމާކުރެއްވޭނެއެވެ. އެއީ ނުބައިވެގެންވާ ތަންމައްޗެކެވެ.
Verse 13
قَدْ كَانَ لَكُمْ ءَايَةٌ فِى فِئَتَيْنِ ٱلْتَقَتَا ۖ فِئَةٌ تُقَـٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ ۚ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ ۗ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَـٰرِ
Transliteration qad kāna lakum āyatun fī fi-atayni l-taqatā fi-atun tuqātilu fī sabīli l-lahi wa-ukh'rā kāfiratun yarawnahum mith'layhim raya l-ʿayni wal-lahu yu-ayyidu binaṣrihi man yashāu inna fī dhālika laʿib'ratan li-ulī l-abṣāri
Dhivehi ހަމަކަށަވަރުން (ހަނގުރާމައިގެ مَيْدَانُ ގައި) ބައްދަލުކުރި ދެ لَشْكَرُ ގެ ކަންތަކުގައި ކަލޭމެންނަށް ރަނގަޅު ދަލީލެއް ވާނެއެވެ. عبرة އެއްވެއެވެ. އެއް لَشْكَر އަކީ ﷲ ގެމަގުގައި ހަނގުރާމަކުރާ لَشْكَر އެކެވެ. އަނެއް ލަޝްކަރު އެއީ ކާފަރު لَشْكَر އެކެވެ. އެމީހުންނަށް މިމީހުން ފެނުނީ ނުވަތަ މިމީހުންނަށް އެމީހުން ފެނުނީ ލޮލަށް ފެންނަ ފެނުމަށް ދެބައިގިނަކަމަށެވެ. (އެއީ ﷲ ގެ حكمة ފުޅެކެވެ. مؤمن ންނަށް ހިތްވަރުދެއްވުމަށާއި ކާފަރުން ބިރުގެންނެވުމަށެވެ.) އަދި ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ نصر ގެ ސަބަބުން ގަދަކަންދެއްވައެވެ. ހަމަކަށަވަރުންވެސް ލޯތަކުގެވެރިންނަށް - ކަންކަމަށް ރަނގަޅަށް ވިސްނައިعبرة حاصل ކުރާ ބަޔަކަށް ބޮޑުވެގެންވާ عبرة އެއްކަމުގައިވެއެވެ.
Verse 14
زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلْبَنِينَ وَٱلْقَنَـٰطِيرِ ٱلْمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلْأَنْعَـٰمِ وَٱلْحَرْثِ ۗ ذَٰلِكَ مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱللَّهُ عِندَهُۥ حُسْنُ ٱلْمَـَٔابِ
Transliteration zuyyina lilnnāsi ḥubbu l-shahawāti mina l-nisāi wal-banīna wal-qanāṭīri l-muqanṭarati mina l-dhahabi wal-fiḍati wal-khayli l-musawamati wal-anʿāmi wal-ḥarthi dhālika matāʿu l-ḥayati l-dun'yā wal-lahu ʿindahu ḥus'nu l-maābi
Dhivehi މީސްތަކުންނަށް ތިމާމެންގެ نفس އެދޭ ކަންކަމަށް ލޯބިޖެއްސެވިގެންވެއެވެ. އަންހެނުންނާއި ދަރިންނާއި ރަނާއި ރިހީގެތެރެއިން ގިނަކުރެވޭ ގިނަމުދާތަކާއި ހަނގުރާމައަށްޓަކައި ކާންދީ ފަލަކޮށް ތައްޔާރުކޮށްފައިވާ އަހާއި نَعَمْ ސޫތްޕާއި އެބަހީ ގެރިބަކަރި جَمَل ގެ ބާވަތްތަކާއި އަދި ދަނޑުފަނގާއި މިތަކެތީގެ ވައްތަރުތަކުގެތެރެއިންނެވެ. އެއީ ހައްތާވެސް ދުނިޔޭގެ حياة ގައި ބޭނުންކޮށްލެވޭ ތަކެއްޗެވެ. އަދި ގޮސްތިބުން ރަނގަޅުވެގެންވާ ރީތި ތަންވަނީ ﷲ ގެ حضرة ގައެވެ.
Verse 15
۞ قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ ۚ لِلَّذِينَ ٱتَّقَوْا۟ عِندَ رَبِّهِمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَأَزْوَٰجٌ مُّطَهَّرَةٌ وَرِضْوَٰنٌ مِّنَ ٱللَّهِ ۗ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ
Transliteration qul a-unabbi-ukum bikhayrin min dhālikum lilladhīna ittaqaw ʿinda rabbihim jannātun tajrī min taḥtihā l-anhāru khālidīna fīhā wa-azwājun muṭahharatun wariḍ'wānun mina l-lahi wal-lahu baṣīrun bil-ʿibādi
Dhivehi ކަލޭގެފާނު ވިދާޅުވާށެވެ! تقوى ވެރިވީ މީސްތަކުންނަށް އެމީހުންގެ رَبّ ގެ حضرة ގައި އެތަކެއްޗަށްވުރެން މާރަނގަޅު ހެޔޮތަކެތި ހުރިކަމުގެ خبر ކަލޭމެނަށް އަހުރެން ދެއްވަންހެއްޔެވެ؟ އެތަންތާނގެ ދަށުން އާރުތައް ދެމޭ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. އެތަންތާގައި އެމީހުން ދެމިތިބޭހުއްޓެވެ. އަދި طَاهر ވެގެންވާ އަނބީންނާއި އަދި ﷲ ގެ ރުހިވޮޑިގަތުމެވެ. އަދި ﷲ އެކަލާނގެ އަޅުތަކުންނާއިގެން ބައްލަވާވޮޑިގެންވެއެވެ. އެބަހީ تقوى ވެރި އަޅުންގެ ކަންތައްތައް ރަނގަޅުގޮތުގައި ބައްލަވައެވެ.
Verse 16
ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ
Transliteration alladhīna yaqūlūna rabbanā innanā āmannā fa-igh'fir lanā dhunūbanā waqinā ʿadhāba l-nāri
Dhivehi އެމީހުންނަކީ- އެބަހީ އެ تقوى ވެރިންނަކީ އެމީހުންގެ رَبّ އަށް ދަންނަވާ މީހުންނެވެ. (އެމީހުން ދަންނަވައެވެ.) އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ އަޅަމެނަށް އަޅަމެންގެ ފާފަތައް ފުއްސަވާދެއްވާނދޭވެ. އަދި ނަރަކައިގެ عَذَاب ން އަޅަމެން ސަލާމަތް ކުރައްވާނދޭނެވެ.
Verse 17
ٱلصَّـٰبِرِينَ وَٱلصَّـٰدِقِينَ وَٱلْقَـٰنِتِينَ وَٱلْمُنفِقِينَ وَٱلْمُسْتَغْفِرِينَ بِٱلْأَسْحَارِ
Transliteration al-ṣābirīna wal-ṣādiqīna wal-qānitīna wal-munfiqīna wal-mus'taghfirīna bil-asḥāri
Dhivehi އެމީހުންނަކީ (އުނދަގޫތަކާއި ދަތިތަކަށް) ކެތްތެރިވާ މީހުންނެވެ. އަދި އެއީ ތެދުވެރިންނެވެ. އަދި އެއީ ކިޔަމަންތެރިންނެވެ. އަދި އެއީ ހެޔޮގޮތުގައި ހޭދަކުރާމީހުންނެވެ. އަދި އެއީ ދަންވަރުގެ ވަގުތު ފާފަ ފުއްސެވުމަށް އެދި ދަންނަވާ މީހުންނެވެ.
Verse 18
شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَـٰهَ إِلَّا هُوَ وَٱلْمَلَـٰٓئِكَةُ وَأُو۟لُوا۟ ٱلْعِلْمِ قَآئِمًۢا بِٱلْقِسْطِ ۚ لَآ إِلَـٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ
Transliteration shahida l-lahu annahu lā ilāha illā huwa wal-malāikatu wa-ulū l-ʿil'mi qāiman bil-qis'ṭi lā ilāha illā huwa l-ʿazīzu l-ḥakīmu
Dhivehi ﷲ މެނުވީ (އަޅުކަންވެވުން حقّ ވެގެންވާ) އެހެން އެއްވެސް إله އަކުނުވާކަމަށް ﷲ ހެކިވެވޮޑިގަންނަވައެވެ. އަދި މަލާއިކަތްބޭކަލުންނާއި علم ވެރިން ހެކިވެވަޑައިގެންފިއެވެ. އެކަލާނގެއީ عدل ވެރިކަން قائم ކުރުންމަތީ قائم ވެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ މެނުވީ حقّ ވެގެންވާ އެހެން އެއްވެސް إله އަކު ނުވެއެވެ. އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
Verse 19
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَـٰمُ ۗ وَمَا ٱخْتَلَفَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۗ وَمَن يَكْفُرْ بِـَٔايَـٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
Transliteration inna l-dīna ʿinda l-lahi l-is'lāmu wamā ikh'talafa alladhīna ūtū l-kitāba illā min baʿdi mā jāahumu l-ʿil'mu baghyan baynahum waman yakfur biāyāti l-lahi fa-inna l-laha sarīʿu l-ḥisābi
Dhivehi ހަމަކަށަވަރުން ﷲ ގެ حضرة ގައި (قبول ކުރެއްވެނިވި) دين އަކީ الإسلام އެވެ. އިސްލާމްދީނެވެ. އަދި عيسى (عليه السّلام) އާއިމެދު حقّ ރަނގަޅު معْلُومات އެނގުމަށްފަހުގައިމެނުވީ ފޮތްދެއްވުނު މީހުން - نصارى އިންނާއި يهودي ން - إختلاف ވެ ދެބަސްވީކަމުގައި ނުވެއެވެ. (އެބަހީ އެމީހުން ދެބަސްވެ إختلاف ވީ ހަމަރަނގަޅަށް حقّ އެނގުމަށްފަހުގައެވެ.) އެއީ އެމީހުންގެމެދުގައިވާ ދެކޮޅުވެރިކަމެއްގެ ސަބަބުންނެވެ. އަދި ﷲ ގެ އާޔަތްތަކަށް - دليل ތަކާއި حجّة ތަކަށް - ކާފަރުވެއްޖެމީހުން (ދަންނައެވެ! އެމީހުންގެ عمل ތައް ﷲ ހިސާބުކުރައްވައި ޖަޒާދެއްވާ ހުއްޓެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.
Verse 20
فَإِنْ حَآجُّوكَ فَقُلْ أَسْلَمْتُ وَجْهِىَ لِلَّهِ وَمَنِ ٱتَّبَعَنِ ۗ وَقُل لِّلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَٱلْأُمِّيِّـۧنَ ءَأَسْلَمْتُمْ ۚ فَإِنْ أَسْلَمُوا۟ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ ۗ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ
Transliteration fa-in ḥājjūka faqul aslamtu wajhiya lillahi wamani ittabaʿani waqul lilladhīna ūtū l-kitāba wal-umiyīna a-aslamtum fa-in aslamū faqadi ih'tadaw wa-in tawallaw fa-innamā ʿalayka l-balāghu wal-lahu baṣīrun bil-ʿibādi
Dhivehi ފަހެ އެމީހުން ކަލޭގެފާނާ جدل ކޮށް حُجَّة ދައްކަންޏާ (އެބަހީ އެ نصارى އިންގެމީހުން عيسى عليه السّلام އާއިމެދު جدل ކުރަންޏާ) ފަހެ ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ މޫނުފުޅު ﷲ އަށް ކިޔަމަންތެރިކޮށްފީމެވެ. އެބަހީ ތިމަންކަލޭގެފާނު ﷲ އަށް ކިޔަމަންތެރިވެއްޖައީމުއެވެ. އަދި ތިމަންކަލޭގެފާނަށް تبع ވީ މީސްތަކުންވެސް (ﷲ އަށް ކިޔަމަންތެރިވެއްޖެއެވެ.) އަދި ފޮތްދެއްވުނު މީހުންނަށް އެބަހީ يهودي ންނާއި نصارى އިންނަށާއި އަދި أمِّى ންނަށް އެބަހީ عرب مُشرك ންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އިސްލާމްވެއްޖައީމުހެއްޔެވެ؟ ކިޔަމަންތެރިވެއްޖައީމުހެއްޔެވެ؟ ދެންފަހެ އެމީހުން ކިޔަމަންތެރިވެއްޖެއްޔާ ފަހެ ހަމަކަށަވަރުން އެމީހުންނަށް ތެދުމަގުލިބުނީހެވެ. އަދި އެމީހުން ކިޔަމަންތެރިނުވެ އެނބުރި ފުރަގަސްދީފިއްޔާވެސް (ކަލޭގެފާނުންގެމައްޗަކަށް މަލާމާތެއްނެތެވެ.) ކަލޭގެފާނުންގެމައްޗަށް ވާޖިބުވާކަން ކަށަވަރީ رَسول ކަން އިއްވައިދިނުމެވެ. އަދި އަޅުތަކުންނާއިމެދު ﷲ ދެކެވޮޑިގެންވެއެވެ. އެބަހީ ކިޔަމަންގަތް އަޅުންނާއި ނުކިޔަމަންތެރިވި އަޅުން އެކަލާނގެ މޮޅަށް ދެނެވޮޑިގަންނަވައެވެ.
Verse 21
إِنَّ ٱلَّذِينَ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّـۧنَ بِغَيْرِ حَقٍّ وَيَقْتُلُونَ ٱلَّذِينَ يَأْمُرُونَ بِٱلْقِسْطِ مِنَ ٱلنَّاسِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
Transliteration inna alladhīna yakfurūna biāyāti l-lahi wayaqtulūna l-nabiyīna bighayri ḥaqqin wayaqtulūna alladhīna yamurūna bil-qis'ṭi mina l-nāsi fabashir'hum biʿadhābin alīmin
Dhivehi ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވާ މީސްތަކުން އަދި އެއްވެސް حقّ އަކާއިނުލައި އެމީހުން ނަބީބޭކަލުން قتل ކޮށް އަދި މީސްތަކުންގެ ތެރެއިން عَدْلُ ވެރިވުމަށް އަމުރުކުރާމީހުންވެސް قتل ކޮށް ހަދާމީހުން (ދަންނައެވެ!) ފަހެ އެމީހުންނަށް ވޭންދެނިވި عَذَاب އެއްހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!
Verse 22
أُو۟لَـٰٓئِكَ ٱلَّذِينَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ
Transliteration ulāika alladhīna ḥabiṭat aʿmāluhum fī l-dun'yā wal-ākhirati wamā lahum min nāṣirīna
Dhivehi އެމީހުން އެއީ އެމީހުންގެ ހެޔޮ عمل ތައް بَاطل ވެގެންވާ ބައެކެވެ. ދުނިޔެއާއި آخرة ގައެވެ. އަދި އެމީހުންނަށް އެއްވެސް نصر ވެރިއަކު ނުވެއެވެ.
Verse 23
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَـٰبِ يُدْعَوْنَ إِلَىٰ كِتَـٰبِ ٱللَّهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُمْ وَهُم مُّعْرِضُونَ
Transliteration alam tara ilā alladhīna ūtū naṣīban mina l-kitābi yud'ʿawna ilā kitābi l-lahi liyaḥkuma baynahum thumma yatawallā farīqun min'hum wahum muʿ'riḍūna
Dhivehi توراة ން ކޮންމެވެސް މިންވަރެއް ދެއްވުނުމީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ (އެމީހުންގެ ކަންތައް ހުރިގޮތް ދެކެވަޑައި ނުގަންނަވަމުތޯއެވެ؟) ﷲ ބާވައިލެއްވި ފޮތެއްކަމުގައިވާ توراة ގައިވާގޮތަށް އެމީހުންގެމެދުގައި حكم ކުރުމަށް އެމީހުންނަށް ގޮވުނީމާ ދެން އެމީހުންކުރެ ބަޔަކުމީހުން ފުރަގަސްދީ އެނބުރި ދަނީއެވެ.
Verse 24
ذَٰلِكَ بِأَنَّهُمْ قَالُوا۟ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًا مَّعْدُودَٰتٍ ۖ وَغَرَّهُمْ فِى دِينِهِم مَّا كَانُوا۟ يَفْتَرُونَ
Transliteration dhālika bi-annahum qālū lan tamassanā l-nāru illā ayyāman maʿdūdātin wagharrahum fī dīnihim mā kānū yaftarūna
Dhivehi އެގޮތަށް އެމީހުން ފުރަގަސްދީފައި އެދަނީ، "ހަމަކަށަވަރުން عدد ކުރެވިގެންވާ ދާދި މަދުދުވަސްކޮޅަކު މެނުވީ އަހުރެމެން ނަރަކައިގާ ނުތިބޭނެއެވެ." މިޢަޤީދާ އެމީހުންގެތެރޭގައިވާތީއެވެ. (އެމީހުން ބުނާގޮތުގައި އެއީ ސާޅީސްދުވަހެވެ. އެއީ އެމީހުން ޅަގެރިޔަށް އަޅުކަންކުރި މިންވަރުކަމަށެވެ.) އަދި އެމީހުން ދޮގުތައް ހެދުމުގެ ސަބަބުން އެމީހުންގެ دين ގައި އެމީހުން ހެއްލުންތެރިވެއްޖެއެވެ. އެދޮގުތައް އެމީހުން ހެއްލުންތެރިކުރުވައިފިއެވެ.
Verse 25
فَكَيْفَ إِذَا جَمَعْنَـٰهُمْ لِيَوْمٍ لَّا رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ
Transliteration fakayfa idhā jamaʿnāhum liyawmin lā rayba fīhi wawuffiyat kullu nafsin mā kasabat wahum lā yuẓ'lamūna
Dhivehi ފަހެ އެދުވަހާއިމެދު އެއްވެސް ޝައްކެއްނެތް ދުވަހަކަށް ތިމަންރަސްކަލާނގެ އެމީހުން ޖަމާކުރައްވައި އަދި ކޮންމެ نفس އަކަށް އެ نفس އެއް ކުރިކަމަކަށް ފުރިހަމަ ޖަޒާދެއްވިއްޖެއްޔާ ދެންވާނީ ކިހިނަކުންހެއްޔެވެ؟ އަދި އެދުވަހުން އެމީހުންނަށް އަނިޔާއެއްނުވެވޭނެއެވެ.
Verse 26
قُلِ ٱللَّهُمَّ مَـٰلِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُ ۖ بِيَدِكَ ٱلْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Transliteration quli l-lahuma mālika l-mul'ki tu'tī l-mul'ka man tashāu watanziʿu l-mul'ka mimman tashāu watuʿizzu man tashāu watudhillu man tashāu biyadika l-khayru innaka ʿalā kulli shayin qadīrun
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (ﷲ އަށް ދަންނަވާށެވެ!) އޭ މަތިވެރި މާތް ﷲ އެވެ! އޭ ދުނިޔެއާއި آخرة ގެ ހުރިހާތަކެތީގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އިބަރަސްކަލާނގެ مُلْكُ ދެއްވަމުއެވެ. (އެއީ نَبي ކަން ނުވަތަ ވެރިކަން ނުވަތަ މުދާ ނުވަތަ ގަދަކަން. ދެއްވަމުއެވެ...) އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާފަރާތަކުން مُلْكُ ނަންގަވާ ނިގުޅައިގަންނަވަމުއެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކު عِزَّة ތެރިކުރައްވައެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާއަޅަކު ދެރަކުރައްވާ ނިކަމެތިކުރައްވަމުއެވެ. ހުރިހާ ހެޔޮކަމެއްވަނީ އިބަރަސްކަލާނގެ އަތްޕުޅުގައެވެ. ހަމަކަށަވަރުން ކޮންމެއެއްޗެއްގެމައްޗަށް އަދި ކޮންމެކަމެއްގެމައްޗަށް އިބަރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
Verse 27
تُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَتُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۖ وَتُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَتُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ ۖ وَتَرْزُقُ مَن تَشَآءُ بِغَيْرِ حِسَابٍ
Transliteration tūliju al-layla fī l-nahāri watūliju l-nahāra fī al-layli watukh'riju l-ḥaya mina l-mayiti watukh'riju l-mayita mina l-ḥayi watarzuqu man tashāu bighayri ḥisābin
Dhivehi އިބަރަސްކަލާނގެ ދުވާލުގެތެރެއަށް ރޭގަނޑު ވައްދަވަމުއެވެ. (ރޭގަނޑުން މަދުކުރައްވާ ދުވާލަށް އިތުރުކުރައްވަމުއެވެ.) އަދި ރޭގަނޑުގެތެރެއަށް ދުވާލު ވައްދަވަމުއެވެ. (ދުވާލު މަދުކުރައްވާ ރޭގަނޑު ދިގުކުރައްވަމުއެވެ.) އަދި މަރުވެފައިވާތަކެތީގެތެރެއިން ދިރޭތަކެތި އިބަރަސްކަލާނގެ ނެރުއްވަމުއެވެ. އަދި ދިރޭތަކެތީގެ ތެރެއިން މަރުވެފައިވާތަކެތި އިބަރަސްކަލާނގެ ނެރުއްވަމުއެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާއަޅަކަށް ހިސާބެއްނެތްހާ ގިނަކޮށް އިބަރަސްކަލާނގެ ރިޒުގުދެއްވަމުއެވެ.
Verse 28
لَّا يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَـٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ ٱللَّهِ فِى شَىْءٍ إِلَّآ أَن تَتَّقُوا۟ مِنْهُمْ تُقَىٰةً ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَإِلَى ٱللَّهِ ٱلْمَصِيرُ
Transliteration lā yattakhidhi l-mu'minūna l-kāfirīna awliyāa min dūni l-mu'minīna waman yafʿal dhālika falaysa mina l-lahi fī shayin illā an tattaqū min'hum tuqātan wayuḥadhirukumu l-lahu nafsahu wa-ilā l-lahi l-maṣīru
Dhivehi مؤمن ންގެމީހުން ތިމާމެންގެ نَصْر ވެރި ސަހަރޯވެރިންކަމުގައި ކާފަރުން ހިފާ إختيار ނުކުރާށެވެ! އަދި އެފަދަ ކަންތައްކުރާމީހާ އެބަހީ ކާފަރުން އެއީ ތިމާމެންގެ نَصر ވެރި ސަހަރޯވެރިންކަމުގައި ބަލައިގެންފިމީހާ (ދަންނައެވެ!) ފަހެ އެމީހަކަށް ﷲ ގެ حضرة ން އެއްވެސް ހެޔޮކަމެއް ސަލާމަތްކަމެއް ނުވެއެވެ. (ﷲ އޭނާގެ ކަންތަކުން ބަރީއަވެވޮޑިގެންވެއެވެ.) ހަމައެކަނި އެމީހުންގެ ބާރުގެދަށަށް ވަދެވިފައިވާމީހާ އޭނާ އެތަނުން ސަލާމަތްވާންދެން ބޭރުފުށުން އެމީހުންނީ ސަހަރޯވެރިންކަމުގެ ގޮތްދެއްކުމެއްނޫނެވެ. އެފަދަމީހާ އެފަދަ ވަގުތު އެފަދަ ބަސްބުނުން ހުއްދައެވެ. އެތެރެފުށުން އެމީހުންގެ ކާފަރުކަމާއި عداوة ތެރިކަން ދަންނަވާނެއެވެ. ﷲ تعالى ކަނޑައެޅިގެން އެކަލާނގެ ذات ފުޅަށް ކަލޭމެން އެފަދަ ކަންތައްކުރުމާމެދު ބިރުވެތިކުރައްވަނީއެވެ. އަދި ކަލޭމެން އެނބުރިދިއުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.
Verse 29
قُلْ إِن تُخْفُوا۟ مَا فِى صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ ٱللَّهُ ۗ وَيَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Transliteration qul in tukh'fū mā fī ṣudūrikum aw tub'dūhu yaʿlamhu l-lahu wayaʿlamu mā fī l-samāwāti wamā fī l-arḍi wal-lahu ʿalā kulli shayin qadīrun
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ ހިތްތަކުގައިވާތަކެތި (ކާފަރުންނާމެދު ސަހަރޯވެރިކަން ބެހެއްޓުމުގެ ލޯބި) ކަލޭމެން ފާޅުނުކުރިޔަސް، ވަންހަނާކުރިޔަސް އަދި ނުވަތަ ފާޅުކުރިޔަސް އެކަމެއް ﷲ ދެނެވޮޑިގެންވެއެވެ. އަދި އުޑުތަކާއި ބިމުގައިވާހާތަކެތިވެސް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި ހުރިހާކަމެއްގެމައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
Verse 30
يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوٓءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدًۢا بَعِيدًا ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ
Transliteration yawma tajidu kullu nafsin mā ʿamilat min khayrin muḥ'ḍaran wamā ʿamilat min sūin tawaddu law anna baynahā wabaynahu amadan baʿīdan wayuḥadhirukumu l-lahu nafsahu wal-lahu raūfun bil-ʿibādi
Dhivehi އަދި ކޮންމެ نفس އެއްވެސް ހެޔޮކަމުގެތެރެއިން އެ نفس އެއްކުރިއްޔާ ކުރިހާކަމަކާއި އަދި ނުބައިކަމުގެ ތެރެއިން އެ نفس އެއް ކުރިއްޔާ ކުރިހާކަމަކާއި (ތިމާގެ ކުރިމައްޗަށް) حاضر ވެގެންވާ ދުވަހު ނުބައިކަންތައްކުރިމީހާ ތިމާޔާ އެނުބައި ކަންތަކާއިމެދު ވަރަށް ދުރުވެގެންވާ ދުރުމިނެއްވުމަށް ލޯބިކުރާނެއެވެ. (އަދި އެފަދަ ނުބައި ކަންތައްތަކަށް ކަލޭމެން އަރައިގަނެ ﷲ ގެ ކޯފާ ކަލޭމެންގެ މައްޗަށް އަތުވެދާނެތީ) ﷲ ގެ ذات ފުޅަށް ބިރުވެތިވުމަށް ކަލޭމެންނަށް ﷲ ބިރުވެރިކަން ދެއްވަނީއެވެ. އަދި ﷲ تعالى އީ އަޅުތަކުންގެމައްޗަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ.
Verse 31
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
Transliteration qul in kuntum tuḥibbūna l-laha fa-ittabiʿūnī yuḥ'bib'kumu l-lahu wayaghfir lakum dhunūbakum wal-lahu ghafūrun raḥīmun
Dhivehi ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނީ ﷲ އަށް ލޯބިވާބަޔަކުކަމުގައި ވަންޏާ ފަހެ ކަލޭމެން ތިމަންކަލޭގެފާނާއި تبع ވާށެވެ! އޭރުން ﷲ ކަލޭމެންނަށް ލޯބިވެވޮޑިގަންނަވާނެއެވެ. އަދި އެކަލާނގެ ކަލޭމެންގެ ފާފަތައް ފުއްސަވާނެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 32
قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَـٰفِرِينَ
Transliteration qul aṭīʿū l-laha wal-rasūla fa-in tawallaw fa-inna l-laha lā yuḥibbu l-kāfirīna
Dhivehi ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ﷲ އަށާއި رَسول އާއަށް ކިޔަމަންތެރިވާށެވެ! ފަހެ އެމީހުން (ކިޔަމަންތެރިނުވެ) އެނބުރި ފުރަގަސްދީފިއްޔާ ދަންނާށެވެ! (އެފަދަމީހުންނާއިމެދު ބެލެވޭނީ އެއީ ކާފަރުންކަމުގައެވެ.) އަދި ކާފަރުންނަށް ހަމަކަށަވަރުންވެސް ﷲ تعالى ލޯބިވެވޮޑިނުގަންނަވައެވެ.
Verse 33
۞ إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًا وَءَالَ إِبْرَٰهِيمَ وَءَالَ عِمْرَٰنَ عَلَى ٱلْعَـٰلَمِينَ
Transliteration inna l-laha iṣ'ṭafā ādama wanūḥan waāla ib'rāhīma waāla ʿim'rāna ʿalā l-ʿālamīna
Dhivehi ހަމަކަށަވަރުން آدم (عليه السّلام) އާއި نوح (عليه السّلام) އާއި إبراهيم عليه السّلام ގެ آل ންނާއި އަދި عِمْرَان ގެ آل ން ﷲ تعالى خَاصّ ކުރައްވައި إختيار ކުރެއްވިއެވެ. އެއީ އެންމެހައި عَالَم ތަކުގެމައްޗަށެވެ.
Verse 34
ذُرِّيَّةًۢ بَعْضُهَا مِنۢ بَعْضٍ ۗ وَٱللَّهُ سَمِيعٌ عَلِيمٌ
Transliteration dhurriyyatan baʿḍuhā min baʿḍin wal-lahu samīʿun ʿalīmun
Dhivehi އޭގެ އެއްދަރިކޮޅެއްވަނީ އަނެއްދަރިކޮޅެއްގެތެރެއިންނެވެ. (އެއީ دين އާއި توحيد ގެ ގޮތުންނެވެ.) އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 35
إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
Transliteration idh qālati im'ra-atu ʿim'rāna rabbi innī nadhartu laka mā fī baṭnī muḥarraran fataqabbal minnī innaka anta l-samīʿu l-ʿalīmu
Dhivehi عمران ގެ އަނބިކަނބަލުން އެކަމަނާގެ رَبّ އަށް ދެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަމަނާ ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާގެ ބަނޑުގައި މިވާ ދަރިފުޅު އިބަރަސްކަލާނގެއަށްޓަކައި (ކަނީސާގެ خادم އެއްކަމުގައި) ލުމަށް އިބަރަސްކަލާނގެއަށް نَذر ގެންފީމެވެ. ފަހެ މިއަޅާގެ ކިބައިން އިބަރަސްކަލާނގެ قبول ކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 36
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّى وَضَعْتُهَآ أُنثَىٰ وَٱللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ ۖ وَإِنِّى سَمَّيْتُهَا مَرْيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيْطَـٰنِ ٱلرَّجِيمِ
Transliteration falammā waḍaʿathā qālat rabbi innī waḍaʿtuhā unthā wal-lahu aʿlamu bimā waḍaʿat walaysa l-dhakaru kal-unthā wa-innī sammaytuhā maryama wa-innī uʿīdhuhā bika wadhurriyyatahā mina l-shayṭāni l-rajīmi
Dhivehi ދެންފަހެ އެކަމަނާ އެދަރިފުޅު ރައްކައުވިހިނދު ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! ހަމަކަށަވަރުން މިއަޅާ ވިހެއީ އަންހެންކުއްޖެކެވެ. އަދި އެކަމަނާ ވިހެއި ކުއްޖެއް ﷲ ދެނެވޮޑިގަތުންބޮޑެވެ. ފިރިހެންކުދިން އަންހެންކުދިންފަދައިން ނުވެއެވެ. (އެއްކަހަލައެއްނޫނެވެ. އެކަމަނާ ދެންނެވިއެވެ.) ހަމަކަށަވަރުން މިއަޅާ އެދަރިފުޅަށް މިނަން ދެއްވީ مَرْيَمْ އެވެ. އަދި އެދަރިފުޅާއި އެދަރިފުޅުގެ ދަރިފަސްކޮޅު ނުބައިނުލަފާ އަދި ފައްސައިލެވިފައިވާ شيطان އާގެ ކިބައިން ރައްކާތެރިކުރައްވައި ސަލާމަތްކުރެއްވުމަށް އިބަރަސްކަލާނގެ حضرة ން މިއަޅާ حماية ލިބިގަންނަމެވެ.
Verse 37
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنۢبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا ٱلْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَـٰمَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ ٱللَّهِ ۖ إِنَّ ٱللَّهَ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ
Transliteration fataqabbalahā rabbuhā biqabūlin ḥasanin wa-anbatahā nabātan ḥasanan wakaffalahā zakariyyā kullamā dakhala ʿalayhā zakariyyā l-miḥ'rāba wajada ʿindahā riz'qan qāla yāmaryamu annā laki hādhā qālat huwa min ʿindi l-lahi inna l-laha yarzuqu man yashāu bighayri ḥisābin
Dhivehi ދެންފަހެ އެކަމަނާގެ رَبّ އެކަމަނާގެ ކިބައިން مريم ގެފާނު ރަނގަޅުގޮތުގައި قبول ކުރެއްވިއެވެ. އަދި އެކަމަނާ އެބަހީ مريم ގެފާނު - ރަނގަޅަށް ބަލަހައްޓަވާ تَرْبِيّة ކުރެއްވިއެވެ. އަދި އެކަމަނާ ބެލެހެއްޓެވުމާ زكريّا ގެފާނާއި حوال ކުރެއްވިއެވެ. އަދި زكريّا (عليه السّلام) އެކަމަނާގެ ގާތަށް مِحْراب ގެއަށް ވަޑައިގަންނަވާ ކޮންމެހިނދެއްގައި އެކަމަނާގެ އަރިހުގައި ރިޒުގުވަނިކޮށް ދެކެވަޑައިގަންނަވައެވެ. އެހިނދު ވިދާޅުވެއެވެ. އޭ مَرْيَم އެވެ! މިރިޒުގު ކަމަނާއަށް މިއަންނަނީ ކޮންގޮތަކުން ކިހިނަކުންތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. އެއީ ﷲ ގެ حضرة ންނެވެ. ހަމަކަށަވަރުން ﷲ އެދިވޮޑިގަންނަވާ އަޅަކަށް އެއްވެސް ހިސާބެއްނެތި އެކަލާނގެ ރިޒުގުދެއްވައެވެ. • ދަންނައެވެ! مِحْراب އަކީ كَنِيْسَة ގައި އެތާނގެމަތީގައިވާ ކޮޓަރިއެއްކަމަށް مُفَسِّرން ވިދާޅުވެއެވެ. • مريم ގެފާނުންގެ އަރިހުގައި ހުންނަ ރިޒުގަކީ ހޫނުމޫސުމުގައި ފިނިމޫސުމުގެ މޭވާއެވެ. އަދި ފިނިމޫސުމުގައި ހޫނުމޫސުމުގެ މޭވާއެވެ. މިއީ އާދަޔާ خلاف ކަމެކެވެ. އެހެންވެ އެވާހަކަތައް އާޔަތުގައި بيان ވެގެންވާ ކަމުގައިވެއެވެ. والله أعلم.
Verse 38
هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ
Transliteration hunālika daʿā zakariyyā rabbahu qāla rabbi hab lī min ladunka dhurriyyatan ṭayyibatan innaka samīʿu l-duʿāi
Dhivehi އެހިނދު زكريّا (عليه السّلام) އެކަލޭގެފާނުންގެ رَبّ އަށް دُعَاء ދެންނެވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ رَبّ އެވެ. މިއަޅާއަށް އިބަރަސްކަލާނގެ حضرة ން ރަނގަޅު ދަރިފަސްކޮޅެއް ދެއްވާންދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ دعاء އައްސަވާވޮޑިގެންވާ ކަލާނގެއެވެ.
Verse 39
فَنَادَتْهُ ٱلْمَلَـٰٓئِكَةُ وَهُوَ قَآئِمٌ يُصَلِّى فِى ٱلْمِحْرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًۢا بِكَلِمَةٍ مِّنَ ٱللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ ٱلصَّـٰلِحِينَ
Transliteration fanādathu l-malāikatu wahuwa qāimun yuṣallī fī l-miḥ'rābi anna l-laha yubashiruka biyaḥyā muṣaddiqan bikalimatin mina l-lahi wasayyidan waḥaṣūran wanabiyyan mina l-ṣāliḥīna
Dhivehi ދެންފަހެ އެކަލޭގެފާނު مِحْراب ގައި ނަމާދަށް قائم ވެ ހުންނަވަނިކޮށް مَلائكة އާ (جبريل عليه السّلام) ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ تعالى ކަލޭގެފާނަށް يحيى ގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر ދެއްވައެވެ. އެއީ ﷲ تعالى ގެ حضرة ންވާ كلمة އެއް ތެދުކުރައްވާ ޙާލުކޮޅުގައެވެ. (يحيى ގެފާނުގެ ނަންފުޅު އިންޖީލުގައުވަނީ يُوْحَنَّا އެވެ. އަދި ﷲ ގެ ޙަޟްރަތުންވާ ކަލިމައެއްގެ مُرَاد ކުރެވެނީ (عيسى عليه السلام އެވެ.) އެކަލޭގެފާނަށް ކަލިމަ ގެ لفظ ން مُرَاد ކުރެވެނީ އެކަލޭގެފާނު ހެއްދެވިފައިވަނީ ﷲ ގެ ބަސްފުޅު (كُنْ- އެބަހީ - ވާށޭ.) މި كلمة އިންނެވެ. والله أعلم. އަދި އެކަލޭގެފާނު އެބަހީ يحيى عليه السّلام ދުނިޔެއަށް ވަޑައިގަންނަވަނީ (އަޅުކަމާއި علم ގެ) ސާހިބެއްގެގޮތުގައްޔާއި އަދި އަންހެނުންނާ جماع ނުވާ ބޭކަލެއްގެގޮތުންނާއި އަދި نبي ބޭކަލެއްގެ ގޮތުންނާއި އަދި صالح މާތްމީހުންގެތެރެއިންވާ ބޭކަލެއްގެގޮތުންނެވެ.
Verse 40
قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَـٰمٌ وَقَدْ بَلَغَنِىَ ٱلْكِبَرُ وَٱمْرَأَتِى عَاقِرٌ ۖ قَالَ كَذَٰلِكَ ٱللَّهُ يَفْعَلُ مَا يَشَآءُ
Transliteration qāla rabbi annā yakūnu lī ghulāmun waqad balaghaniya l-kibaru wa-im'ra-atī ʿāqirun qāla kadhālika l-lahu yafʿalu mā yashāu
Dhivehi އެކަލޭގެފާނު އެބަހީ زكريّا عليه السّلام ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! މިއަޅާއަށް ދަރިކަލަކު ލިބޭނީ ކޮންފަދައަކުންތޯއެވެ. ހަމަކަށަވަރުން މިއަޅާ عُمرންދުވަސްވެ މުސްކުޅިކަންބޮޑުވެއްޖެއެވެ. އަދި މިއަޅާގެ އަނބިކަނބަލުން އެއީ أصل އަށްވެސް ދަރިން ނުލިބޭ އަންހެނެކެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ކަންތައްހުރީ ތިޔަހެންނެވެ. ނަމަވެސް ﷲ، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވައެވެ. (އެކަލާނގެއަށް އެއީ ދަތިކަމެއްނޫނެވެ.)
Verse 41
قَالَ رَبِّ ٱجْعَل لِّىٓ ءَايَةً ۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَـٰثَةَ أَيَّامٍ إِلَّا رَمْزًا ۗ وَٱذْكُر رَّبَّكَ كَثِيرًا وَسَبِّحْ بِٱلْعَشِىِّ وَٱلْإِبْكَـٰرِ
Transliteration qāla rabbi ij'ʿal lī āyatan qāla āyatuka allā tukallima l-nāsa thalāthata ayyāmin illā ramzan wa-udh'kur rabbaka kathīran wasabbiḥ bil-ʿashiyi wal-ib'kāri
Dhivehi އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ رَبّ އެވެ! މިއަޅާއަށް އެކަމުގެ علامة އެއްލައްވައިދެއްވާނދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. އެކަމުގެ علامة އަކީ ތިންދުވަސްވާންދެން ހަމައެކަނި އިޝާރަތާއި ރަމްޒީގޮތުންމެނުވީ ކަލޭގެފާނު މީސްތަކުންނާ ވާހަކަފުޅުނުދެއްކެވުމެވެ. އަދި ކަލޭގެފާނު ކަލޭގެފާނުންގެ رَبّ އަށް ހަވީރާއި ހެނދުނު ގިނަގިނައިން ذكرކުރައްވާ تَسْبِيح ވިދާޅުވާށެވެ!
Verse 42
وَإِذْ قَالَتِ ٱلْمَلَـٰٓئِكَةُ يَـٰمَرْيَمُ إِنَّ ٱللَّهَ ٱصْطَفَىٰكِ وَطَهَّرَكِ وَٱصْطَفَىٰكِ عَلَىٰ نِسَآءِ ٱلْعَـٰلَمِينَ
Transliteration wa-idh qālati l-malāikatu yāmaryamu inna l-laha iṣ'ṭafāki waṭahharaki wa-iṣ'ṭafāki ʿalā nisāi l-ʿālamīna
Dhivehi އަދި ملائكة އާ (جبريل عليه السّلام) ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އޭ مريم އެވެ! ހަމަކަށަވަރުން ﷲ تعالى ކަމަނާ މާތްކުރައްވާ خاصّ ކުރައްވާ إختيار ކުރައްވައިފިއެވެ. އަދި دين އާއި عقيدة ގެ ގޮތުންނާއި އެންމެހައި فاحش ކަންތަކުން ކަމަނާ طاهر ކުރައްވައިފިއެވެ. އަދި عالم ތަކުގެ އަންހެނުންގެ މައްޗަށް އެކަލާނގެ ކަމަނާ މާތްކުރައްވާ خاصّ ކުރައްވައިފިއެވެ.
Verse 43
يَـٰمَرْيَمُ ٱقْنُتِى لِرَبِّكِ وَٱسْجُدِى وَٱرْكَعِى مَعَ ٱلرَّٰكِعِينَ
Transliteration yāmaryamu uq'nutī lirabbiki wa-us'judī wa-ir'kaʿī maʿa l-rākiʿīna
Dhivehi އޭ مريم އެވެ! ކަމަނާ ކަމަނާގެ رَبّ އަށް ކިޔަމަންތެރިވެވަޑައިގެން އަޅުކަމުގައި ދެމިހުންނަވާށެވެ! އަދި ركوع ކުރާމީހުންނާއިއެކު ركوع ކުރައްވައި سجدة ކުރައްވާށެވެ. (އެބަހީ އަޅުކަން ކުރައްވާށެވެ!)
Verse 44
ذَٰلِكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَـٰمَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ
Transliteration dhālika min anbāi l-ghaybi nūḥīhi ilayka wamā kunta ladayhim idh yul'qūna aqlāmahum ayyuhum yakfulu maryama wamā kunta ladayhim idh yakhtaṣimūna
Dhivehi (އޭ رَسول ﷲ އެވެ.) މި بَيَان ވެދިޔައީ (އެބަހީ إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًا......... މިތަނުން ފެށިގެން މިހާތަނަށް بَيَان ވެގެންމިދިޔައީ) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ غَيْبُ ގެ خبر ތަކެވެ. (ކަލޭގެފާނަށްވެސް އަދި ކަލޭގެފާނުންގެ قوم ގެމީހަކަށްވެސް މިވާހަކަތައް މީގެކުރީގައި އެނގިގެން ނުވެއެވެ.) އަދި އެމީހުންގެ ގަލަންތައް (އެބަހީ زكريّا عليه السّلام އާއި އެކަލޭގެފާނުންގެ އަރިހުގައިތިބި މީހުންގެ ގަލަންތައް) مَريم ގެފާނާއި حوال ވާނީ ކާކުތޯ ބެލުމަށް قُرْعَة ލުމުގެގޮތުން ކޯރުތެރެއަށް އުކިހިނދު އެމީހުންގެތެރޭގައި ކަލޭގެފާނު ނުވަމުއެވެ. އަދި އެކަމާމެދު އެމީހުން ދެބަސްވެ އަރައިރުންވީހިނދުވެސް އެމީހުންގެ ތެރޭގައި ކަލޭގެފާނު ނުވަމުއެވެ.
Verse 45
إِذْ قَالَتِ ٱلْمَلَـٰٓئِكَةُ يَـٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمِنَ ٱلْمُقَرَّبِينَ
Transliteration idh qālati l-malāikatu yāmaryamu inna l-laha yubashiruki bikalimatin min'hu us'muhu l-masīḥu ʿīsā ub'nu maryama wajīhan fī l-dun'yā wal-ākhirati wamina l-muqarabīna
Dhivehi އަދި ملائكة އާ (އެބަހީ جبريل عليه السّلام مريم ގެފާނަށް) ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ مريم އެވެ! ހަމަކަށަވަރުން ﷲ تعالى އެކަލާނގެ حضرة ންވާ كلمة އެއްގެ އުފާވެރި خبر އެކަލާނގެ ކަމަނާއަށް ދެއްވައެވެ. كلمة އިގެ ނަމަކީ المسيح އެވެ. مريم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام) އެވެ. އެބޭކަލަކީ ދުނިޔެއާއި آخرة ގައިވެސް މަތިވެރިވެގެންވާ ދަރަޖަޔާ شرف ގެ ވެރި ބޭކަލެއްގެގޮތުގައެވެ. އަދި ﷲ ގެ حضرة ގައި ކުއްތަންވެގެންވާ ބޭކަލެއްކަމުގައެވެ.
Verse 46
وَيُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا وَمِنَ ٱلصَّـٰلِحِينَ
Transliteration wayukallimu l-nāsa fī l-mahdi wakahlan wamina l-ṣāliḥīna
Dhivehi އަދި ވިހޭތަންމަތީގައި އެންމެޅައިރުގައްޔާއި އަދި ބޮޑުފިރިހެނަކަށް ވުމަށްފަހުގައި އެކަލޭގެފާނު މީސްތަކުންނާއި ވާހަކަފުޅުދައްކަވާ ބޭކަލަކުކަމުގައެވެ. އަދި އެކަލޭގެފާނު ވަނީ صالح ބޭކަލުންގެތެރެއިންނެވެ.
Verse 47
قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
Transliteration qālat rabbi annā yakūnu lī waladun walam yamsasnī basharun qāla kadhāliki l-lahu yakhluqu mā yashāu idhā qaḍā amran fa-innamā yaqūlu lahu kun fayakūnu
Dhivehi އެކަމަނާ އެބަހީ مَرْيَم ގެފާނު ދެންނެވިއެވެ. އޭއަޅުގެ رَبّ އެވެ! މިއަޅާއަށް ދަރިކަލަކުވާނީ ކޮންގޮތަކުންތޯއެވެ؟ އަދި މިއަޅާގެ ގައިގާ އާދަމުގެދަރިއަކު ނުބީހެއެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ﷲ އެފަދައެވެ. އެބަހީ ﷲ ގެ ހެއްދެވުން އެފަދައެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އެއްޗެއް އެކަލާނގެ ހައްދަވައެވެ. އެކަލާނގެ ކަމެއް ނިޔާކުރައްވަންޏާ އެކަމަކަށް އެކަލާނގެ وحي ކުރައްވަނީ "ވާށޭ" މިފަދައިންނެވެ. ދެން އޭރުން އެކަމެއް އެވީއެވެ.
Verse 48
وَيُعَلِّمُهُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ
Transliteration wayuʿallimuhu l-kitāba wal-ḥik'mata wal-tawrāta wal-injīla
Dhivehi އަދި އެކަލާނގެ އެކަލޭގެފާނަށް ލިއުމާއި حكمة އުގަންނަވައިދެއްވައި އަދި توراة އާއި إنجيل އުގަންނަވައި ދެއްވާނެއެވެ.
Verse 49
وَرَسُولًا إِلَىٰ بَنِىٓ إِسْرَٰٓءِيلَ أَنِّى قَدْ جِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ ۖ أَنِّىٓ أَخْلُقُ لَكُم مِّنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًۢا بِإِذْنِ ٱللَّهِ ۖ وَأُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ وَأُحْىِ ٱلْمَوْتَىٰ بِإِذْنِ ٱللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِى بُيُوتِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لَّكُمْ إِن كُنتُم مُّؤْمِنِينَ
Transliteration warasūlan ilā banī is'rāīla annī qad ji'tukum biāyatin min rabbikum annī akhluqu lakum mina l-ṭīni kahayati l-ṭayri fa-anfukhu fīhi fayakūnu ṭayran bi-idh'ni l-lahi wa-ub'ri-u l-akmaha wal-abraṣa wa-uḥ'yī l-mawtā bi-idh'ni l-lahi wa-unabbi-ukum bimā takulūna wamā taddakhirūna fī buyūtikum inna fī dhālika laāyatan lakum in kuntum mu'minīna
Dhivehi އަދި އެކަލާނގެ އެކަލޭގެފާނު ފޮނުއްވަނީ بني إسرائيل ންނަށްވާ رَسول އަކު ކަމުގައެވެ. (އަދި އެކަލޭގެފާނު رَسول ކަމާއިގެން ވަޑައިގެން ވިދާޅުވުމަށެވެ.) ހަމަކަށަވަރުން އަހުރެން ކަލޭމެންގެ ގާތަށް (رَسول ކަމާއިގެން) މިއައީ ކަލޭމެންގެ رَبّ ގެ حضرة ން دليل އާއިގެންނެވެ. (އަހުރެންގެ رَسول ކަން ތެދުކަމުގެމައްޗަށް مُعْجِزَة އާއިގެންނެވެ. ހަމަކަށަވަރުން އަހުރެން ކަލޭމެނަށް މަށީން ދޫނީގެ ސިފަޔަށް ހަދާފައި ދެން އަހުރެން އެއަށް ފުމެލުމުން ﷲ ގެ إذْنَ ފުޅަށް އޭތި ދޫންޏަކަށް ވާނެއެވެ. އަދި ވިހާއިރުވެސް އެއްގޮތަކަށް ލޮލުގެ އަލިކަން ނެތް ކަނުމީހުންނަށާއި ބަރޮސްބަލިޖެހިފައިވާ މީހުންނަށް ﷲ ގެ އިޒުނަފުޅަށް އަހުރެން ފަސޭހަކޮށްދީ ރަނގަޅުކޮށްދޭހުށީމެވެ. އަދި މަރުވެފައިވާ މީހުންވެސް ﷲ ގެ އިޒުނަފުޅަށް އަހުރެން ދިރުވަމެވެ. އަދި ކަލޭމެން ގޭގައި ކާތަކެއްޗާއި އަދި ނުކައި ރައްކާކޮށްފާ ހުންނަ ތަކެތީގެ خبر ވެސް އަހުރެން ކަލޭމެންނަށް ދޭހުށީމެވެ. ކަލޭމެންނަކީ އީމާންވާބަޔަކުކަމުގައިވަންޏާ ހަމަކަށަވަރުން އެކަންކަމުގައި ކަލޭމެންނަށް دليل ވެއެވެ. (އަހުރެންގެ رَسول ކަން ތެދުކުރުމުގެ މައްޗަށް ހުރި دليل ވެއެވެ.)
Verse 50
وَمُصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَلِأُحِلَّ لَكُم بَعْضَ ٱلَّذِى حُرِّمَ عَلَيْكُمْ ۚ وَجِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
Transliteration wamuṣaddiqan limā bayna yadayya mina l-tawrāti wali-uḥilla lakum baʿḍa alladhī ḥurrima ʿalaykum waji'tukum biāyatin min rabbikum fa-ittaqū l-laha wa-aṭīʿūni
Dhivehi (އަދި އަހުރެން މިއައީ) އަހުރެންގެ ކުރީގައިވާފޮތް توراة ތެދުކުރާ ގޮތުގެމަތީންނެވެ. އަދި ކަލޭމެންގެމައްޗަށް حرام ކުރެވިގެންވާ ބައެއްތަކެތި ކަލޭމެނަށް حلال ކޮށްދިނުމަށެވެ. އަދި އަހުރެން رَسول ކަމާއިގެން ކަލޭމެންގެގާތަށް މިއައީ ކަލޭމެންގެ رَبّ ގެ حضرة ންވާ دليل އާއި مُعْجِزَة އާއިގެންނެވެ. ފަހެ އެހެންވެ ކަލޭމެން ﷲ އަށް ބިރުވެތިވެ تقوى ވެރިވާށެވެ! އަދި ކަލޭމެން އަހުރެންނަށް ކިޔަމަންތެރިވާށެވެ!
Verse 51
إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۗ هَـٰذَا صِرَٰطٌ مُّسْتَقِيمٌ
Transliteration inna l-laha rabbī warabbukum fa-uʿ'budūhu hādhā ṣirāṭun mus'taqīmun
Dhivehi ހަމަކަށަވަރުން ﷲ އެއީ އަހުރެންނާއި އަދި ކަލޭމެންގެވެސް رَبّ އެވެ. އެހެންވެ ކަލޭމެން ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާށެވެ! ސީދާވެގެންވާ މަގަކީ އެއީއެވެ.
Verse 52
۞ فَلَمَّآ أَحَسَّ عِيسَىٰ مِنْهُمُ ٱلْكُفْرَ قَالَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشْهَدْ بِأَنَّا مُسْلِمُونَ
Transliteration falammā aḥassa ʿīsā min'humu l-kuf'ra qāla man anṣārī ilā l-lahi qāla l-ḥawāriyūna naḥnu anṣāru l-lahi āmannā bil-lahi wa-ish'had bi-annā mus'limūna
Dhivehi ދެންފަހެ عيسى عليه السّلام އަށް އެމީހުންގެ ކިބައިން - އެބަހީ ބަނީ އިސްރާއީލުގެ ބައެއް މީހުންގެކިބައިން - ކާފަރުކަމާއި ދެކޮޅުވެރިކަމުގެ އަސަރު إحساس ވެވަޑައިގަތުމުން ވިދާޅުވިއެވެ. އަހުރެންނާއިއެކު ﷲ އަށް نصر ދޭނީ (ﷲ ގެ ދީނަށް نصر ދޭނީ) ކާކުހެއްޔެވެ؟ حَوَارِىُّ ން ދެންނެވިއެވެ. އަހުރެމެންނީ ﷲ އަށް نصر ދޭނޭ މީހުންނީމުއެވެ. (حَوَارِىُّ ންނަކީ عيسى عليه السّلام ގެ أصحاب ންނެވެ.) އަހުރެމެން އެކަލާނގެއަށް އީމާންވެއްޖައީމުއެވެ. ފަހެ ހަމަކަށަވަރުން އަހުރެމެންނީ ކިޔަމަންތެރިންކަމުގައި / مسلم ންކަމުގައި ކަލޭގެފާނު ހެކިވެވަޑައިގަންނަވާށެވެ.
Verse 53
رَبَّنَآ ءَامَنَّا بِمَآ أَنزَلْتَ وَٱتَّبَعْنَا ٱلرَّسُولَ فَٱكْتُبْنَا مَعَ ٱلشَّـٰهِدِينَ
Transliteration rabbanā āmannā bimā anzalta wa-ittabaʿnā l-rasūla fa-uk'tub'nā maʿa l-shāhidīna
Dhivehi އޭ އަޅަމެންގެ رَبّ އެވެ! އިބަރަސްކަލާނގެ ބާވައިލެއްވިތަކެއްޗަށް (عيسى عليه السّلام) އަށް ބާވައިލެއްވި ތަކެއްޗަށް) އަޅަމެން އީމާންވެއްޖައީމު އެވެ. އެތަކެތި ތެދުކޮށްފީމުއެވެ. އަދި رَسول އާއަށް (އެބަހީ عيسى عليه السّلام އާއި) އަޅަމެން تبع ވެއްޖައީމެވެ. ފަހެ (حقّ އަށް تبع ވެ توحيد އަށް) ހެކިދޭމީހުންނާއިއެކު އަޅަމެން ލިއުއްވާނދޭވެ!
Verse 54
وَمَكَرُوا۟ وَمَكَرَ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَـٰكِرِينَ
Transliteration wamakarū wamakara l-lahu wal-lahu khayru l-mākirīna
Dhivehi އަދި އެމީހުން އެބަހީ ބަނީ އިސްރާއީލުގެ ބައެއްމީހުން (عيسى عليه السّلام އަވަހާރަކޮށްލުމަށް ނުބައި ރޭވުން ރޭވިއެވެ. އަދި ﷲ ވެސް އެމީހުންނަށް އޮޅޭގޮތް ހައްދަވައި އޮޅުވައިލެއްވިއެވެ. އަދި ﷲ އީ މަކަރުހަދާ ފަރާތްތަކުގެ ތެރެއިން އެންމެ ހެޔޮލަފާ ފަރާތެވެ. • ދަންނައެވެ! مكر ހެދުމަކީ އަދި ބޮޑާކަމަކީ ﷲ تعالى ގެ ذات ފުޅަށް މާތް ދެސިފައެވެ. އިންސާނުންގެ ނިސްބަތުގައި ހުތުރު އަދި ނުބައި ދެސިފައެވެ. އެކަލާނގެ مكر ހެއްދެވުން އޮންނަނީވެސް އެކަލާނގެ ذات ފުޅާ އެކަށީގެންވާގޮތަށެވެ. މިއާޔަތުގައި މިވާ މަކަރަކީ بني إسرائيل ންގެ ބަޔަކު عيسى عليه السّلام • އަވަހާރަކޮށްލަން ރޭވިހިނދުން އެކަލޭގެފާނުންގެ ސިފަފުޅު އެހެންމީހަކަށް ބަދަލުކުރެއްވުމެވެ. އެމީހުން މަރާ صَليب ކުރީ އެހެންމީހެކެވެ. އަދި އެކަލޭގެފާނު ﷲ އުޑަށް އުފުއްލެވީއެވެ. والله أعلم.
Verse 55
إِذْ قَالَ ٱللَّهُ يَـٰعِيسَىٰٓ إِنِّى مُتَوَفِّيكَ وَرَافِعُكَ إِلَىَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُوا۟ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوْقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۖ ثُمَّ إِلَىَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ
Transliteration idh qāla l-lahu yāʿīsā innī mutawaffīka warāfiʿuka ilayya wamuṭahhiruka mina alladhīna kafarū wajāʿilu alladhīna ittabaʿūka fawqa alladhīna kafarū ilā yawmi l-qiyāmati thumma ilayya marjiʿukum fa-aḥkumu baynakum fīmā kuntum fīhi takhtalifūna
Dhivehi ﷲ تعالى (عيسى عليه السّلام އަށް) وحي ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލާނގެ وحي ކުރެއްވިއެވެ. އޭ عيسى އެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަލޭގެފާނުންގެ ފުރާނަފުޅު ހިފަހައްޓަވާނޭ ކަލަކީމެވެ. އަދި ކަލޭގެފާނުން ތިމަންރަސްކަލާނގެ حضرة އަށް އުފުއްލަވާނެކަލަކީމެވެ. އަދި ކާފަރުވީ މީސްތަކުންގެ ކިބައިން ކަލޭގެފާނު طَاهر ކުރައްވާނޭ ކަލަކީމެވެ. (އެމީހުންގެ ކިބައިން ސަލާމަތްކުރައްވާހުށީމެވެ.) އަދި ކަލޭގެފާނާއި تبع ވީ މީސްތަކުން قيامة ދުވަހާއި ހަމައަށްދާންދެންވެސް ކާފަރުންނަށްވުރެ މަތީގައި ބައިތިއްބާނޭ ކަލަކީމެވެ. ދެން ކަލޭމެން (އެންމެންވެސް) އެނބުރި رُجُوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. އަދި ކަލޭމެންގެމެދުގައި އެކަމަކާއިމެދު إختلاف ވެ ދެބަސްވާކަމުގައިވީ ކަންކަމުގެ حكم ތިމަންރަސްކަލާނގެ ކުރައްވާހުށީމެވެ.
Verse 56
فَأَمَّا ٱلَّذِينَ كَفَرُوا۟ فَأُعَذِّبُهُمْ عَذَابًا شَدِيدًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ
Transliteration fa-ammā alladhīna kafarū fa-uʿadhibuhum ʿadhāban shadīdan fī l-dun'yā wal-ākhirati wamā lahum min nāṣirīna
Dhivehi ފަހެ ކާފަރުވެއްޖެ މީސްތަކުން ދަންނައެވެ! ފަހެ އެމީހުންނަށް ގަދަވެގެންވާ عَذَاب އަކުން ތިމަންރަސްކަލާނގެ عَذَاب ދެއްވާހުށީމެވެ. ދުނިޔެއާއި آخرة ގައެވެ. އަދި އެމީހުންނަށް އެއްވެސް نصر ވެރިއަކު ނުވާހުއްޓެވެ.
Verse 57
وَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُوَفِّيهِمْ أُجُورَهُمْ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ
Transliteration wa-ammā alladhīna āmanū waʿamilū l-ṣāliḥāti fayuwaffīhim ujūrahum wal-lahu lā yuḥibbu l-ẓālimīna
Dhivehi އަދި އީމާންވެގެން صالح عمل ކުރި މީސްތަކުން ދަންނައެވެ. ފަހެ އެމީހުންނަށް އެމީހުންގެ أجُور ފުރިހަމައަށް އެކަލާނގެ ދެއްވާނެއެވެ. އަދި އަނިޔާވެރިންނަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.
Verse 58
ذَٰلِكَ نَتْلُوهُ عَلَيْكَ مِنَ ٱلْـَٔايَـٰتِ وَٱلذِّكْرِ ٱلْحَكِيمِ
Transliteration dhālika natlūhu ʿalayka mina l-āyāti wal-dhik'ri l-ḥakīmi
Dhivehi އެއީ - އެބަހީ އިސްވެދިޔަ خبر ތަކަކީ يعني عيسى عليه السّلام އާއި އެކަލޭގެފާނުންގެ މަންމާފުޅު مريم ގެފާނާ އެކަމަނާގެ މަންމާފުޅު حَنَّة އާއި އަދި زكريّا عليه السّلام އާއި އެކަލޭގެފާނުންގެ ދަރިކަލުން يَحْيى عليه السّلام އާއި އަދި حَوَارى ގެ ވާހަކަތަކާއި އަދި بني إسرائيل ންކުރެ يهودي ންގެ ވާހަކަތަކާއި މިއެންމެހައި ވާހަކަތަކަކީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދޭ حُجَّة އާއި عِبْرة ގެތެރެއިންނާއި حكم ގަދަވެގެންވާ ذِكْرُ އެބަހީ ކީރިތި قرآن ގެތެރެއިންވާ خبر ތަކެވެ.
Verse 59
إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍ ثُمَّ قَالَ لَهُۥ كُن فَيَكُونُ
Transliteration inna mathala ʿīsā ʿinda l-lahi kamathali ādama khalaqahu min turābin thumma qāla lahu kun fayakūnu
Dhivehi ހަމަކަށަވަރުން ﷲ تعالى ގެ حضرة ގައި (ހެއްދެވުމުގެގޮތުން) عيسى عليه السّلام އާއި آدم عليه السّلام އާއި އެއްގޮތެވެ. آدم عليه السّلام. ﷲ تعالى ހައްދަވާފައިވަނީ ވެލީންނެވެ. ދެން އެކަލާނގެ އެކަލޭގެފާނަށް ވާށޭ އެންގެވީއެވެ. ދެން އެވީއެވެ. • ﷲ تعالى آدم عليه السّلام ހައްދަވާފައިވަނީ މަޔަކު ބަފައަކާއި ނުލައެވެ. عيسى عليه السّلام ހެއްދެވީ ބަފަޔަކާނުލައެވެ. (އަދި އޭގެކުރިން حَوّى ގެފާނު ހެއްދެވީ މަޔަކާއި ނުލައެވެ.) މިހުރީހައްތާވެސް ހެއްދެވި خالق މަތިވެރި رَبّ سبحانه وتعالى ގެ ހެއްދެވުމުގެ ފޯރުންތެރިކަމާއި ކުޅަދާނަކަމެވެ. މިހެން މިކަންހުރިއިރު ﷲ تعالى ބަފަޔަކާނުލައި عيسى عليه السّلام ހެއްދެވީމާ އެއީ ﷲ ގެދަރިކަލުންނޭ ކިޔައިގެން އެކަލޭގެފާނަށް އަޅުކަންމިކުރާ ރަންބުއްދީގެ މޮޔަ جاهل ން آدم عليه السّلام އަށް އަޅުކަން ނުކުރަނީ ކީއްވެބާވައެވެ؟ އެގޮތުން ބަލާއިރު مَخلوق އަކަށް އަޅުކަންކުރާން ހުއްދަވާނެނަމަ آدم ގެފާނަށް އަޅުކަންކުރުން މާ އައުލާ ނޫންބާވައެވެ. އަދި އެކަލޭގެފާނީ ﷲ تعالى مَلاَئكة ބޭކަލުން ލައްވައި އެކަލޭގެފާނަށް سجدة ކުރުއްވި ކަލޭގެފާނެވެ. ވީމާ މިކަމާ ނުވިސްނަމުތޯއެވެ؟ ﷲُمَّ لاَ شَريك لَكَ.
Verse 60
ٱلْحَقُّ مِن رَّبِّكَ فَلَا تَكُن مِّنَ ٱلْمُمْتَرِينَ
Transliteration al-ḥaqu min rabbika falā takun mina l-mum'tarīna
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ ގެ حضرة ން އައިސްފައިވަނީ حقّ ތެދެވެ. ފަހެ ޝައްކުކުރާ މީހުންގެތެރެއިން ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ! (ފަހެ عيسى عليه السّلام އާއި ބެހޭގޮތުން ކަލޭގެފާނާއި جَدَل ކުރަން އައި نَجْرَان ގެ نَصارى އިންނަށް جواب ދެއްވުމުގައި އިސްވެދިޔަ ވާހަކަތައް ފުދޭނެއެވެ. އެއީ حقّ ވާހަކައެވެ. عيسى عليه السّلام އަކީ ﷲ އެއްނޫނެވެ. އަދި ﷲ ގެ ދަރިކަލެއްވެސްނޫނެވެ. އެއީ ހަމަ آدم ގެ ދަރިއެކެވެ. ﷲ ގެއަޅެކެވެ. رسول ބޭކަލެކެވެ.)
Verse 61
فَمَنْ حَآجَّكَ فِيهِ مِنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ فَقُلْ تَعَالَوْا۟ نَدْعُ أَبْنَآءَنَا وَأَبْنَآءَكُمْ وَنِسَآءَنَا وَنِسَآءَكُمْ وَأَنفُسَنَا وَأَنفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَل لَّعْنَتَ ٱللَّهِ عَلَى ٱلْكَـٰذِبِينَ
Transliteration faman ḥājjaka fīhi min baʿdi mā jāaka mina l-ʿil'mi faqul taʿālaw nadʿu abnāanā wa-abnāakum wanisāanā wanisāakum wa-anfusanā wa-anfusakum thumma nabtahil fanajʿal laʿnata l-lahi ʿalā l-kādhibīna
Dhivehi (އޭ رسول ﷲ އެވެ.) ތިމަންރަސްކަލާނގެ حضرة ން ކަލޭގެފާނަށް އަންގަވައިދެއްވި بيان އަށްފަހު އެކަލޭގެފާނާއިމެދު - (އެބަހީ عيسى عليه السّلام އާއިމެދު) އެބަޔާނާއި އިދިކޮޅަށް ކަލޭގެފާނާ جدل ކޮށްހަދާ ބަޔަކަށް ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އަންނާށެވެ. އަހުރެމެން އަހުރެމެންގެ ދަރިންނަށް ގޮވާނީއެވެ. ކަލޭމެން ކަލޭމެންގެ ދަރިންނަށް ގޮވާ ގެންނާނީއެވެ! އަދި އަހުރެމެން އަހުރެމެންގެ އަންހެނުންނަށް ގޮވާނީއެވެ. އަދި ކަލޭމެން ކަލޭމެންގެ އަންހެނުންނަށް ގޮވާނީއެވެ. އަދި އަހުރެމެންގެ نفس ތަކާއި ކަލޭމެންގެ نفس ތަކާއި މިއެންމެން އެއްކޮށްތިބެ ﷲ އަށް إبتهال ކުރާނީއެވެ. އެބަހީ އަހުރެމެންކުރެ ދޮގުހަދާބައެއްގެ މައްޗަށް ﷲ ގެ لعنة ލެއްވުންއެދި އެންމެންއެކީ دعاء ކުރާނީއެވެ. مُبَاهَلَة ކުރުމަކީ لعنة ލެއްވުމަށް دعاء ކުރުމެވެ.
Verse 62
إِنَّ هَـٰذَا لَهُوَ ٱلْقَصَصُ ٱلْحَقُّ ۚ وَمَا مِنْ إِلَـٰهٍ إِلَّا ٱللَّهُ ۚ وَإِنَّ ٱللَّهَ لَهُوَ ٱلْعَزِيزُ ٱلْحَكِيمُ
Transliteration inna hādhā lahuwa l-qaṣaṣu l-ḥaqu wamā min ilāhin illā l-lahu wa-inna l-laha lahuwa l-ʿazīzu l-ḥakīmu
Dhivehi ހަމަކަށަވަރުން މިވާހަކަތަކަކީ (އެބަހީ عيسى عليه السّلام އާއިމެދު) ކަލޭގެފާނަށް ތިމަންރަސްކަލާނގެ މި وحي ކުރެއްވި ވާހަކަތަކީ ހަމަ حقّ ތެދުވާހަކަތަކެވެ. (އެކަލޭގެފާނަކީ ﷲ އެއްނޫނެވެ. އަދި ﷲ ގެ ދަރިކަލެއްވެސް ނޫނެވެ. - އެއީ ﷲ މާތްކުރެއްވި އަޅެކެވެ. މާތްވެގެންވާ رسول ބޭކަލެކެވެ. إلهيّة ވަންތަކަމުގެ އެއްވެސް މިންވަރެއް އެކަލޭގެފާނަށް حقّ ވެގެން ނުވެއެވެ.) ﷲ މެނުވީ حقّ ވެގެންވާ އެހެން އެއްވެސް إله އަކު ނުވެއެވެ. އަދި ހަމަކަށަވަރުން ﷲ އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.
Verse 63
فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ عَلِيمٌۢ بِٱلْمُفْسِدِينَ
Transliteration fa-in tawallaw fa-inna l-laha ʿalīmun bil-muf'sidīna
Dhivehi ދެންފަހެ އެމީހުން އެނބުރި ފުރަގަސްދީފިއްޔާ (ކަލޭގެފާނު އެމީހުންގެ ފަރާތުން ދުރުވެވަޑައިގަ ންނަވާށެވެ! އެމީހުންގެ ބަސް قبول ނުކުރައްވާށެވެ. އެއީ فاسد ންނެވެ.) ފަހެ ހަމަކަށަވަރުން ފާސިދުކޮށްހަދާމީހުން - އުރެދޭމީހުން ﷲ تعالى ރަނގަޅަށް ދެނެވޮޑިގެންވެއެވެ.
Verse 64
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ تَعَالَوْا۟ إِلَىٰ كَلِمَةٍ سَوَآءٍۭ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا ٱللَّهَ وَلَا نُشْرِكَ بِهِۦ شَيْـًٔا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ ٱللَّهِ ۚ فَإِن تَوَلَّوْا۟ فَقُولُوا۟ ٱشْهَدُوا۟ بِأَنَّا مُسْلِمُونَ
Transliteration qul yāahla l-kitābi taʿālaw ilā kalimatin sawāin baynanā wabaynakum allā naʿbuda illā l-laha walā nush'rika bihi shayan walā yattakhidha baʿḍunā baʿḍan arbāban min dūni l-lahi fa-in tawallaw faqūlū ish'hadū bi-annā mus'limūna
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އޭ أهل كتاب ންނޭވެ! ކަލޭމެންނާ އަހުރެމެންނާ ދެފަރާތް ހަމަހަމަވާ އެއްކަލިމައެއްގެމައްޗަށް (އެއްބަސްވުމަށް) ކަލޭމެން އަންނާށެވެ! އެއީ އަހުރެމެން ދެބައިމީހުންވެސް ﷲ އަށް މެނުވީ އަޅުކަން ނުކުރުމަށާއި އަދި އަހުރެމެން އެއްބަޔަކުވެސް އެއްވެސް އެއްޗަކާއި އެ އެކަލާނގެއާއި شَرِيْكُ ނުކުޅައުމަށާއި އަދި ﷲ ފިޔަވައި އަހުރެމެން އެއްބަޔަކު އަނެއްބަޔަކު އެއީ رَبّ ންކަމުގައި ނުހެދުމެވެ. (މިކަން ކަމަށް އެއްބަސްވުމަށް ކަލޭމެން އަންނާށެވެ!) ދެންފަހެ އެމީހުން (އެކަމަށް އެއްބަސްނުވެ) އެނބުރި ފުރަގަސްދީފިއްޔާ ކަލޭމެން مسلم ން އެމީހުންނަށް ބުނާށެވެ! ހަމަކަށަވަރުން އަހުރެމެން ކިޔަމަންވެގެންވާ ބަޔަކުކަމުގައި (އެބަހީ ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެއަށް شريك އަކުނުވާ ކަމަށާއި އެކަލާނގެއަށް ރަނގަޅަށް ކިޔަމަންވެގެންވާ مسلم ންކަމުގައި) އަހުރެމެން ވާކަމަށް ކަލޭމެން ހެކިވާށެވެ.
Verse 65
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تُحَآجُّونَ فِىٓ إِبْرَٰهِيمَ وَمَآ أُنزِلَتِ ٱلتَّوْرَىٰةُ وَٱلْإِنجِيلُ إِلَّا مِنۢ بَعْدِهِۦٓ ۚ أَفَلَا تَعْقِلُونَ
Transliteration yāahla l-kitābi lima tuḥājjūna fī ib'rāhīma wamā unzilati l-tawrātu wal-injīlu illā min baʿdihi afalā taʿqilūna
Dhivehi އޭ أهل كتابُ ންނޭވެ! إبراهيم (عليه السّلام) އާއިމެދު ކަލޭމެން جَدَل ކޮށް އަރައިރުންވަނީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނަށް ފަހުގައި މެނުވީ (އެބަހީ، އެކަލޭގެފާނު ދުނިޔޭގައި އުޅުއްވާ އަވަހާރަވުމަށް ފަހުގައިމެނުވީ) توراة އާއި إنجيل ބާވައިލެއްވުނުކަމުގައި ނުވެއެވެ. ކަލޭމެން ފަހެ އެއްވެސް އެއްޗެއް ވިސްނާ فِكر ނުކުރަނީހެއްޔެވެ؟
Verse 66
هَـٰٓأَنتُمْ هَـٰٓؤُلَآءِ حَـٰجَجْتُمْ فِيمَا لَكُم بِهِۦ عِلْمٌ فَلِمَ تُحَآجُّونَ فِيمَا لَيْسَ لَكُم بِهِۦ عِلْمٌ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
Transliteration hāantum hāulāi ḥājajtum fīmā lakum bihi ʿil'mun falima tuḥājjūna fīmā laysa lakum bihi ʿil'mun wal-lahu yaʿlamu wa-antum lā taʿlamūna
Dhivehi އޭކަލޭމެން މިތިބަމީހުންނޭވެ! ކަލޭމެންނަށް އެކަންކަން އެނގޭ އަދި އޭގެ معلومات އެއްވާކަންކަމުގައި ކަލޭމެން جدل ކޮށްފީމުއެވެ. جدل ކުރަމެވެ. އަދި އެކަމަކު އެކަމެއްގައި ކަލޭމެނަށް އެއްވެސް އެނގުމެއް އަދި معلومات އެއްނެތް ކަމަކާއިމެދު ކަލޭމެން جدل ކޮށް އަރައިރުންވަނީ ކީއްވެގެންހެއްޔެވެ؟ އަދި ﷲ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންނަކަށް ނޭނގެއެވެ.
Verse 67
مَا كَانَ إِبْرَٰهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَـٰكِن كَانَ حَنِيفًا مُّسْلِمًا وَمَا كَانَ مِنَ ٱلْمُشْرِكِينَ
Transliteration mā kāna ib'rāhīmu yahūdiyyan walā naṣrāniyyan walākin kāna ḥanīfan mus'liman wamā kāna mina l-mush'rikīna
Dhivehi إبراهيم (عليه السّلام) يهودي އަކުކަމުގައި ނުވެއެވެ. އަދި نصرانى އަކުކަމުގައިވެސް އެކަލޭގެފާނު ނުވެއެވެ. އަދި އެހެނެއްކަމަކު އެކަލޭގެފާނުވެވަޑައިގެންނެވީ توحيد އަށް ސީދާ شرك އާއި ދުރުވެގެންވާ مسلم އަކުކަމުގައެވެ. އަދި مشرك ންގެތެރެއިން އެކަލޭގެފާނުވެވަޑައިނުގަންނަވައެވެ.
Verse 68
إِنَّ أَوْلَى ٱلنَّاسِ بِإِبْرَٰهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَـٰذَا ٱلنَّبِىُّ وَٱلَّذِينَ ءَامَنُوا۟ ۗ وَٱللَّهُ وَلِىُّ ٱلْمُؤْمِنِينَ
Transliteration inna awlā l-nāsi bi-ib'rāhīma lalladhīna ittabaʿūhu wahādhā l-nabiyu wa-alladhīna āmanū wal-lahu waliyyu l-mu'minīna
Dhivehi ހަމަކަށަވަރުން إبراهيم عليه السّلام އާއި އެންމެ އައުލާ މީހުންނަކީ - އެކަލޭގެފާނާއި އެންމެ ގާތް މީހުންނަކީ ހަމަކަށަވަރުން އެކަލޭގެފާނާއި تبع ވީ މީހުންނެވެ. ދެން މިމާތް نَبِى އާ محمّد ﷺ އެވެ. އަދި އެކަލޭގެފާނަށް - އެބަހީ محمّد ގެފާނަށް އީމާންވީމީހުންނެވެ. އަދި ﷲ އެއީ مؤمن ންގެ ސަހަރޯވެރިޔާއެވެ.
Verse 69
وَدَّت طَّآئِفَةٌ مِّنْ أَهْلِ ٱلْكِتَـٰبِ لَوْ يُضِلُّونَكُمْ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ
Transliteration waddat ṭāifatun min ahli l-kitābi law yuḍillūnakum wamā yuḍillūna illā anfusahum wamā yashʿurūna
Dhivehi އަދި أهل كتاب ންގެ އެއް جماعة އެއްގެބަޔަކު ކަލޭމެން مؤمن ން މަގުފުރެދުމަށް ލޯބިކުރިއެވެ. (އެމީހުން މަގުފުރެދޭނެނަމަ ކިހާރަނގަޅުވާނެތާއޭ ހިތަށްއަރައެވެ. އެކަމަށް ލޯބިކުރެއެވެ.) އަދި އެހެނެއްކަމަކު އެމީހުންގެ އަމިއްލަ نفس މެނުވީ އެމީހުން މަގުނުފުރައްދައެވެ. އެގޮތް އެމީހުންނަށް إحساس ވެސް ނުވެއެވެ.
Verse 70
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَأَنتُمْ تَشْهَدُونَ
Transliteration yāahla l-kitābi lima takfurūna biāyāti l-lahi wa-antum tashhadūna
Dhivehi އޭ أهل كتاب ންނޭވެ! (يهودي ންނާއި نصارى އިންނެވެ.) ކަލޭމެން ރަނގަޅަށް އެނގޭ حال އަދި ހެކިވާ حال ކަލޭމެން ﷲ ގެ އާޔަތްތަކަށް ކާފަރުވަނީ ކީއްވެގެންހެއްޔެވެ؟
Verse 71
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَلْبِسُونَ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُونَ ٱلْحَقَّ وَأَنتُمْ تَعْلَمُونَ
Transliteration yāahla l-kitābi lima talbisūna l-ḥaqa bil-bāṭili wataktumūna l-ḥaqa wa-antum taʿlamūna
Dhivehi އޭ أهل كتاب ންނޭވެ! ކަލޭމެން حقّ باطل އަށް އޮޅުވާ އަދި حقّ ވަންހަނާކުރަނީ ކީއްވެގެންހެއްޔެވެ؟ (އަދި حقّ އެއީ ހަމަ حقّ ކަން އެނގޭ حال ކަލޭމެން އެހެން ހަދަނީ ކީއްވެގެންހެއްޔެވެ؟
Verse 72
وَقَالَت طَّآئِفَةٌ مِّنْ أَهْلِ ٱلْكِتَـٰبِ ءَامِنُوا۟ بِٱلَّذِىٓ أُنزِلَ عَلَى ٱلَّذِينَ ءَامَنُوا۟ وَجْهَ ٱلنَّهَارِ وَٱكْفُرُوٓا۟ ءَاخِرَهُۥ لَعَلَّهُمْ يَرْجِعُونَ
Transliteration waqālat ṭāifatun min ahli l-kitābi āminū bi-alladhī unzila ʿalā alladhīna āmanū wajha l-nahāri wa-uk'furū ākhirahu laʿallahum yarjiʿūna
Dhivehi އަދި أهل كتاب ންގެ އެއް جماعة އެއްގެމީހުން (އޭގެ އަނެއްބަޔަކަށް) ބުންޏެވެ. (محمّد ﷺ) އަށް އީމާންވީ މީހުންގެމައްޗަށް ބާވައިލެއްވުނު ތަކެއްޗަށް (ކީރިތި قرآن އަށާއި ދެންވެސް وحي އަށް) ދުވާލުގެ ކުރީކޮޅުގައި ކަލޭމެން އީމާންވާށެވެ! އަދި ދުވާލުގެ ފަހުކޮޅު އެތަކެއްޗަށް ކާފަރުވާށެވެ. އެއީ އެމީހުން އެމީހުންގެ دين ން އެނބުރި رجوع ވޭތޯއެވެ.
Verse 73
وَلَا تُؤْمِنُوٓا۟ إِلَّا لِمَن تَبِعَ دِينَكُمْ قُلْ إِنَّ ٱلْهُدَىٰ هُدَى ٱللَّهِ أَن يُؤْتَىٰٓ أَحَدٌ مِّثْلَ مَآ أُوتِيتُمْ أَوْ يُحَآجُّوكُمْ عِندَ رَبِّكُمْ ۗ قُلْ إِنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ
Transliteration walā tu'minū illā liman tabiʿa dīnakum qul inna l-hudā hudā l-lahi an yu'tā aḥadun mith'la mā ūtītum aw yuḥājjūkum ʿinda rabbikum qul inna l-faḍla biyadi l-lahi yu'tīhi man yashāu wal-lahu wāsiʿun ʿalīmun
Dhivehi (އަދި އޭގެ އެއްބަޔަކު އޭގެ އަނެއްބަޔަށް ބުނެއެވެ.) ކަލޭމެންގެ دين އަށް تبع ވީ މީހަކަށް މެނުވީ ކަލޭމެން އީމާންނުވާށެވެ! (އޭ رَسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށޭވެ! ހަމަކަށަވަރުން ތެދުމަގަކީ ﷲ ގެ ތެދުމަގެވެ. • ދަންނައެވެ! އާޔަތުގައިވާ قُلْ إِنَّ الْهُدَىٰ هُدَى اللَّهِ - އެބަހީ ހަމަކަށަވަރުން ތެދުމަގަކީ ﷲ ގެމަގެވެ. މި جملة އަކީ أهل كتاب ންގެ ވާހަކަ މެދުކަނޑުއްވާލައްވާފައިވާ جملة އެކެވެ. ވީމާ އާޔަތުގެ މާނަ ކިޔާއިރު އެއާޔަތުގެ އެތަންކޮޅު ފަހުން ކިޔާގޮތަށް ބާއްވާފައިވާ އެ جملة ގެ ކުރީ ބަޔާއި ފަހުބަޔާއި ގުޅައިގެން ކިޔާއިރު ބައެއްމީހުންނަށް މާނަ ވިސްނައިގަންނަން ފަސޭހަވެދާނެއެވެ. والله أعلم. ދެން އޭރުން މާނަ ކިޔޭނީ "ކަލޭމެންގެ دين އާއި تبع ވީ މީހަކާއި ނޫނީ ކަލޭމެން تبع ނުވާށެވެ. އަދި ކަލޭމެނަށް ދެވިފައިވާފަދަ އެއްޗެއް އެހެންމީހަކަށް ދެވުނަސް ކަލޭމެން އީމާންނުވާށެވެ. އަދި ކަލޭމެންގެ رَبّ ގެ حضرة ގައި އެމީހުން ކަލޭމެންގެމައްޗަށް حجّة قائم ކުރުމަށް ކަލޭމެން އީމާންނުވާށެވެ." މިއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން فضل ވަންތަކަންވަނީ ހަމަ ﷲ ގެ އަތްޕުޅުގައެވެ. އެކަލާނގެ فضل ވަންތަކަން (އެބަހީ نبي ކަމާއި رَسول ކަން) އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ދެއްވައެވެ. އަދި ﷲ އީ فضل ވަންތަކަން ތަނަވަސްވެވޮޑިގެންވާ ކަލާނގެއެވެ. އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 74
يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۗ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ
Transliteration yakhtaṣṣu biraḥmatihi man yashāu wal-lahu dhū l-faḍli l-ʿaẓīmi
Dhivehi އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކު އެކަލާނގެ رحمة އަށް އެކަލާނގެ خاصّ ކުރައްވައެވެ. އަދި ﷲ އީ ބޮޑުވެގެންވާ فضل ވަންތަކަމުގެވެރި ކަލާނގެއެވެ.
Verse 75
۞ وَمِنْ أَهْلِ ٱلْكِتَـٰبِ مَنْ إِن تَأْمَنْهُ بِقِنطَارٍ يُؤَدِّهِۦٓ إِلَيْكَ وَمِنْهُم مَّنْ إِن تَأْمَنْهُ بِدِينَارٍ لَّا يُؤَدِّهِۦٓ إِلَيْكَ إِلَّا مَا دُمْتَ عَلَيْهِ قَآئِمًا ۗ ذَٰلِكَ بِأَنَّهُمْ قَالُوا۟ لَيْسَ عَلَيْنَا فِى ٱلْأُمِّيِّـۧنَ سَبِيلٌ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ
Transliteration wamin ahli l-kitābi man in tamanhu biqinṭārin yu-addihi ilayka wamin'hum man in tamanhu bidīnārin lā yu-addihi ilayka illā mā dum'ta ʿalayhi qāiman dhālika bi-annahum qālū laysa ʿalaynā fī l-umiyīna sabīlun wayaqūlūna ʿalā l-lahi l-kadhiba wahum yaʿlamūna
Dhivehi (އޭ رسول ﷲ އެވެ!) قِنْطَار އެއްހާ ގިނަމުދާ އަމާނާތުގެގޮތުން ކަލޭގެފާނު އެމީހެއްގެ އަތުގައި ބެހެއްޓެވިނަމަވެސް އެމުދާ ކަލޭގެފާނަށް އަދާކޮށްދޭފަދަ (އަމާނާތްތެރި) މީހުންވެސް أهل كتاب ންގެ ތެރޭގައިވެއެވެ. އަދި އެންމެ ދީނާރެއްގެ މިންވަރުގެ (މަދު) އެތިކޮޅެއް އަމާނާތުގެ ގޮތުން ކަލޭގެފާނު އެމީހެއްގެ އަތުގައި ބެހެއްޓެވިނަމަވެސް ކަލޭގެފާނު އެއެތިކޮޅު އަދާކޮށްދެއްވުން އެދި އެކަމަށް އެމީހާގެ ފަހަތުގައި قائم ވެހުރިއްޔާމެނުވީ އެމީހާ އެއެތިކޮޅު ކަލޭގެފާނަށް އަދާނުކޮށްދޭނޭ މީހުންވެސް އެމީހުންގެތެރޭގައިވެއެވެ. އެމީހުން އެގޮތަށް ކަންތައްކުރަނީ އެމީހުން ހަމަކަށަވަރުން ބުނާކަމުގެ ސަބަބުންނެވެ. (އެމީހުން ބުނެއެވެ.) أمّى ންނާއިމެދު (އެބަހީ عربى ންނާއިމެދު) އަހުރެމެންގެމައްޗަށް އެއްވެސްކަމެއް واجب ވެގެން ނުވެއެވެ. އެމީހުންނާމެދު އަހުރެމެންގެމައްޗަށް އެއްވެސް ކުށެއްނުވެއެވެ. އަދި އެމީހުން ރަނގަޅަށް ދެނެތިބި حال އެމީހުން ﷲ ގެމައްޗަށް ބޮޑުދޮގު ބަސްތައް ބުނަނީއެވެ. ދޮގުހަދަނީއެވެ.
Verse 76
بَلَىٰ مَنْ أَوْفَىٰ بِعَهْدِهِۦ وَٱتَّقَىٰ فَإِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ
Transliteration balā man awfā biʿahdihi wa-ittaqā fa-inna l-laha yuḥibbu l-mutaqīna
Dhivehi އެއްގޮތަކަށްވެސް ކަންހުރީ އެމީހުން އެބުނާގޮތަކަށް ނޫނެވެ. އަދި ކިއެއްހެއްޔެވެ! ﷲ އާއި އެމީހަކާއި ދެމެދު ވެވިފައިވާ وعد އަދި ކުރެވިފައިވާ عهد ފުއްދައި تقوى ވެރިވެއްޖެމީހާ ދަންނައެވެ! ފަހެ ހަމަކަށަވަރުން تقوى ވެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. * قِنْطَار އަކީ ހަންދަރެކެވެ. ނުވަތަ ގިނަ ބައިވަރެވެ.
Verse 77
إِنَّ ٱلَّذِينَ يَشْتَرُونَ بِعَهْدِ ٱللَّهِ وَأَيْمَـٰنِهِمْ ثَمَنًا قَلِيلًا أُو۟لَـٰٓئِكَ لَا خَلَـٰقَ لَهُمْ فِى ٱلْـَٔاخِرَةِ وَلَا يُكَلِّمُهُمُ ٱللَّهُ وَلَا يَنظُرُ إِلَيْهِمْ يَوْمَ ٱلْقِيَـٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ
Transliteration inna alladhīna yashtarūna biʿahdi l-lahi wa-aymānihim thamanan qalīlan ulāika lā khalāqa lahum fī l-ākhirati walā yukallimuhumu l-lahu walā yanẓuru ilayhim yawma l-qiyāmati walā yuzakkīhim walahum ʿadhābun alīmun
Dhivehi ހަމަކަށަވަރުން ﷲ އާއި ތިމާމެންނާއި ދެމެދު ކޮށްފައިވާ وعد އާއި عَهْدُ (ދުންޔަވީ ކުޑަކުޑަ އެއްޗަކަށް) ކުޑައަގަކަށް ވިއްކާމީހުން (ބަދަލުކުރާމީހުން ދަންނައެވެ!) އެމީހުންނަށް آخرة ގައި އެއްވެސް ނަސީބެއްނެތެވެ. އަދި އެމީހުންނާއި ﷲ رحمة ގެ ބަސްފުޅު وحي ނުކުރައްވާނެއެވެ. އަދި قيامة ދުވަހުން އެކަލާނގެ رحمة ގެ ބެއްލެވުން ނުބައްލަވާނެއެވެ. އަދި އެކަލާނގެ އެމީހުން طاهر ނުކުރައްވާނެއެވެ. އަދި އެމީހުންނަށް ހުންނަހުށީ ވޭންދެނިވި عَذَاب އެވެ.
Verse 78
وَإِنَّ مِنْهُمْ لَفَرِيقًا يَلْوُۥنَ أَلْسِنَتَهُم بِٱلْكِتَـٰبِ لِتَحْسَبُوهُ مِنَ ٱلْكِتَـٰبِ وَمَا هُوَ مِنَ ٱلْكِتَـٰبِ وَيَقُولُونَ هُوَ مِنْ عِندِ ٱللَّهِ وَمَا هُوَ مِنْ عِندِ ٱللَّهِ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ
Transliteration wa-inna min'hum lafarīqan yalwūna alsinatahum bil-kitābi litaḥsabūhu mina l-kitābi wamā huwa mina l-kitābi wayaqūlūna huwa min ʿindi l-lahi wamā huwa min ʿindi l-lahi wayaqūlūna ʿalā l-lahi l-kadhiba wahum yaʿlamūna
Dhivehi އަދި އެމީހުންގެތެރޭގައި ﷲ ގެ އާޔަތްތައް ކިޔެވުމުގައި ދޫފުރޮޅާ ދޫކަތިކުރާމީހުން ވެއެވެ. (އެއީ ބާވައިލެއްވިގޮތް ނޫން އެހެނިހެން ގޮތްގޮތަށް ކިއުމަށެވެ.) އެއީ އެމީހުންގެ އެވާހަކަތަކަކީވެސް ﷲ ބާވައިލެއްވި ތަންތަންކަމުގައި ކަލޭމެން ހީކުރުމަށްޓަކައެވެ. (އެކަމަކު) އެއީ ﷲ ބާވައިލެއްވި ފޮތުގެ ތަންތަން ކަމުގައި ނުވެއެވެ. އަދި އެމީހުން ބުނަނީއެވެ. މިއީ ﷲ ގެ حضرة ންވާ ބަސްފުޅެވެ. (އެކަމަކު) އެއީ ﷲ ގެ حضرة ންވާ ބަހެއްނޫނެވެ. އަދި އެމީހުންނަށް ހަމަ އެނގިތިބެ އެމީހުން ﷲ އަށް ދޮގުހަދަނީއެވެ.
Verse 79
مَا كَانَ لِبَشَرٍ أَن يُؤْتِيَهُ ٱللَّهُ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا۟ عِبَادًا لِّى مِن دُونِ ٱللَّهِ وَلَـٰكِن كُونُوا۟ رَبَّـٰنِيِّـۧنَ بِمَا كُنتُمْ تُعَلِّمُونَ ٱلْكِتَـٰبَ وَبِمَا كُنتُمْ تَدْرُسُونَ
Transliteration mā kāna libasharin an yu'tiyahu l-lahu l-kitāba wal-ḥuk'ma wal-nubuwata thumma yaqūla lilnnāsi kūnū ʿibādan lī min dūni l-lahi walākin kūnū rabbāniyyīna bimā kuntum tuʿallimūna l-kitāba wabimā kuntum tadrusūna
Dhivehi އެއްވެސް آدم ގެ ދަރިއަކަށް ﷲ تعالى އެމީހަކަށް ފޮތްދެއްވާ ދީނުގެ حكم ތަކުގެ فقه އާއި އެކަމުގެ ވިސްނުމާއި އަދި نبي ކަން ދެއްވުމަށްފަހު ދެން އެބޭކަލަކު ކަލޭމެން ﷲ ފިޔަވައި އަހުރެންނަށްވާ އަހުރެންގެ އަޅުންކަމުގައި ވާށޭ މިފަދައިން މީސްތަކުންނަށް ބުނުން ހުއްދަވެގެން ނުވެއެވެ. (އެކަކަށްވެސް جائز ވެގެން ނުވެއެވެ. އަދި އެހެނެއްކަމަކު (އެބޭކަލަކު ވިދާޅުވާށެވެ!) ކަލޭމެން رَبَّانى ން ކަމުގައި ވާށެވެ. (އެބަހީ علم އާއި فقه ދަންނަ އަދި تقوى ވެރި އަދި މީސްތަކުންގެ ކަންތައް إصلاح ކުރާ ބަޔަކަށްވާށޭ - މިހެން ވިދާޅުވާށެވެ!) އެއީ ކަލޭމެން މިސްތަކުންނަށް ފޮތް އުގަންނައިދޭ ކަމުގެ ސަބަބުންނާއި އަދި ކަލޭމެން މީސްތަކުންނަށް ކިޔަވައިދޭކަމުގެ ސަބަބުންނެވެ.
Verse 80
وَلَا يَأْمُرَكُمْ أَن تَتَّخِذُوا۟ ٱلْمَلَـٰٓئِكَةَ وَٱلنَّبِيِّـۧنَ أَرْبَابًا ۗ أَيَأْمُرُكُم بِٱلْكُفْرِ بَعْدَ إِذْ أَنتُم مُّسْلِمُونَ
Transliteration walā yamurakum an tattakhidhū l-malāikata wal-nabiyīna arbāban ayamurukum bil-kuf'ri baʿda idh antum mus'limūna
Dhivehi އަދި އެކަލާނގެ / ނުވަތަ އެ نبي އަކު ملائكة ބޭކަލުންނާއި نبي ބޭކަލުން އެއީ ﷲ ފިޔަވައި رَبّ ންކަމުގައި ކަލޭމެން ހިފާ إختيار ކުރާކަށް أمر ނުކުރައްވާނެއެވެ. ކަލޭމެން مسلم ންކަމުގައި ވުމަށްފަހު ކާފަރުވުމަށް އެކަލާނގެ امر ކުރައްވާނޭހެއްޔެވެ؟ ނުކުރައްވާނެއެވެ.
Verse 81
وَإِذْ أَخَذَ ٱللَّهُ مِيثَـٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيْتُكُم مِّن كِتَـٰبٍ وَحِكْمَةٍ ثُمَّ جَآءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِۦ وَلَتَنصُرُنَّهُۥ ۚ قَالَ ءَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِى ۖ قَالُوٓا۟ أَقْرَرْنَا ۚ قَالَ فَٱشْهَدُوا۟ وَأَنَا۠ مَعَكُم مِّنَ ٱلشَّـٰهِدِينَ
Transliteration wa-idh akhadha l-lahu mīthāqa l-nabiyīna lamā ātaytukum min kitābin waḥik'matin thumma jāakum rasūlun muṣaddiqun limā maʿakum latu'minunna bihi walatanṣurunnahu qāla a-aqrartum wa-akhadhtum ʿalā dhālikum iṣ'rī qālū aqrarnā qāla fa-ish'hadū wa-anā maʿakum mina l-shāhidīna
Dhivehi އަދި ﷲ تعالى نَبي ބޭކަލުންގެ عَهْدُ ކަށަވަރު ހިއްޕެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެ عَهْدُ ކަށަވަރަކީ ކޮންމެ ބޭކަލަކުވެސް އަނެއް ބޭކަލެއްގެ رَسول ކަން ތެދުކުރުމަށެވެ. އަދި ކޮންމެ ބޭކަލަކުވެސް އެބޭކަލެއްގެ قوم އަށް އެކަން އެންގެވުމަށެވެ. އަދި އެބޭކަލުންނަށް އެކަލާނގެ وحي ކުރެއްވިއެވެ.) ތިމަންރަސްކަލާނގެ ތިޔަބޭކަލުންނަށް ތިމަންރަސްކަލާނގެ ފޮތާއި حكمة ދެއްވުމަށްފަހު ތިޔަބޭކަލުންގެ އަތުގައިވާ ތަކެތި ތެދުކުރާ حال رَسول ބޭކަލަކު ވަޑައިގެންނެވި ކޮންމެހިނދެއްގައި ކަނޑައެޅިގެން ތިޔަބޭކަލުން އެބޭކަލަކަށް إيمان ވެވަޑައިގަންނަވާށެވެ! އަދި އެބޭކަލަކަށް نصر ދެއްވައި އެހީވެވަޑައިގަންނަވާށެވެ! - (މި عَهْدُ ކަށަވަރަށްފަހު) އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަބޭކަލުން އެކަމަށް އެއްބަސް ވެވަޑައިގެން قَرار ކުރައްވަމުތޯއެވެ؟ އަދި އެގޮތުގެމައްޗަށް ތިމަންރަސްކަލާނގެ ތިޔަބޭކަލުންގެ ފަރާތުން عَهْدُ ކަށަވަރު ހިއްޕެވީއެވެ. އެބޭކަލުން ދެންނެވިއެވެ. އަޅަމެން އެގޮތުގެ މައްޗަށް إقرار ވެ عَهْدُ ވެއްޖައީމުއެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަބޭކަލުން އެކަމަށް ހެކިވެވަޑައިގަންނަވާށެވެ! އަދި ތިމަންރަސްކަލާނގެވެސް ތިޔަބޭކަލުންނާއެކު ހެކިވެރިންގެތެރެއިން ވެވޮޑި ގަންނަވަމުއެވެ.
Verse 82
فَمَن تَوَلَّىٰ بَعْدَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ
Transliteration faman tawallā baʿda dhālika fa-ulāika humu l-fāsiqūna
Dhivehi ފަހެ އެއަށްފަހު - އެބަހީ އެ عَهْدُ ކަށަވަރަށްފަހު - ދެން ފުރަގަސްދީ އެނބުރިގެންފި ބަޔަކު ދަންނައެވެ. ކަނޑައެޅިގެން އެމީހުން އެއީ فَاسق ންނެވެ. ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.
Verse 83
أَفَغَيْرَ دِينِ ٱللَّهِ يَبْغُونَ وَلَهُۥٓ أَسْلَمَ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ
Transliteration afaghayra dīni l-lahi yabghūna walahu aslama man fī l-samāwāti wal-arḍi ṭawʿan wakarhan wa-ilayhi yur'jaʿūna
Dhivehi އަޅެފަހެ އެމީހުން (އެބަހީ އެފުރަގަސްދިން މީހުން) އެ އެދެނީ ﷲ ގެ دين ނޫން އެހެން ދީނެއް ހެއްޔެވެ؟ ރުހި قبول ވެގެންވާ حال ގައިވެސް އަދި ނުރުހި ނު قبول ވެގެންވާ حال ގައިވެސް އުޑުތަކާއި ބިމުގައިވާހާ ބަޔަކު ކިޔަމަންވެގެންވަނީ (ކިޔަމަންވާންޖެހިފައިވަނީ) ހަމަ އެކަލާނގެއަށެވެ. ﷲ އަށެވެ. އަދި އެހުރިހާ މީހުން އެނބުރި رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
Verse 84
قُلْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ عَلَيْنَا وَمَآ أُنزِلَ عَلَىٰٓ إِبْرَٰهِيمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ
Transliteration qul āmannā bil-lahi wamā unzila ʿalaynā wamā unzila ʿalā ib'rāhīma wa-is'māʿīla wa-is'ḥāqa wayaʿqūba wal-asbāṭi wamā ūtiya mūsā waʿīsā wal-nabiyūna min rabbihim lā nufarriqu bayna aḥadin min'hum wanaḥnu lahu mus'limūna
Dhivehi (އޭ رَسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެމެން ﷲ އަށް إيمان ވެއްޖައީމުއެވެ. އަދި އަހުރެމެންގެ މައްޗަށް ބާވައިލެއްވުނުތަކެއްޗަށާއި އަދި إبراهيم އާއި إسماعيل އާއި إسحاق އާއި يعقوب އާއި އަދި أسْبَاط ން (عليهم السّلام) މި އެންމެ ބޭކަލުންގެމައްޗަށް ބާވައިލެއްވުނުތަކެއްޗަށްވެސް އަހުރެމެން إيمان ވެއްޖައީމުއެވެ. އަދި موسى އާއި عيسى (عليهما السّلام) އާއި ދެކަލުންނަށް ދެއްވުނު ތަކެއްޗަށާއި އަދި އެހެނިހެން ނަބީބޭކަލުންނަށް އެބޭކަލުންގެ رَبّ ގެ حضرة ން އެބާވައިލެއްވުނު ހުރިހާ ތަކެއްޗަށް އަހުރެމެން إيمان ވެއްޖައީމުއެވެ. އަދި އެބޭކަލުންގެތެރެއިން އެއްވެސް ބޭކަލެއްގެދެމެދު (رَسول ބޭކަލެއްގެގޮތުން ނުވަތަ نبي ބޭކަލެއްގެގޮތުން) އަހުރެމެން ފަރަގުކޮށް ތަފާތުކޮށް ނުހަދާހުށީމުއެވެ. (ހުރިހާ ބޭކަލުންނަށްވެސް إيمان ވާހުށީމުއެވެ.) އަދި އަހުރެމެން މިވަނީ ހަމަ އެކަލާނގެއަށް ކިޔަމަންވެގެންނެވެ.
Verse 85
وَمَن يَبْتَغِ غَيْرَ ٱلْإِسْلَـٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَـٰسِرِينَ
Transliteration waman yabtaghi ghayra l-is'lāmi dīnan falan yuq'bala min'hu wahuwa fī l-ākhirati mina l-khāsirīna
Dhivehi އަދި ތިމާގެ دين އެއް ކަމުގައި إسلام دين ނޫން އެހެން دين އެއް އެދިގެންފިމީހާ - އެހެން دين އެއް إختيار ކޮށްފިމީހާ (ދަންނައެވެ!) ފަހެ އޭނާގެ ކިބައިން އެކަން قبول ނުވެވޭހުއްޓެވެ. އަދި آخرة ދުވަހުން އޭނާވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
Verse 86
كَيْفَ يَهْدِى ٱللَّهُ قَوْمًا كَفَرُوا۟ بَعْدَ إِيمَـٰنِهِمْ وَشَهِدُوٓا۟ أَنَّ ٱلرَّسُولَ حَقٌّ وَجَآءَهُمُ ٱلْبَيِّنَـٰتُ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ
Transliteration kayfa yahdī l-lahu qawman kafarū baʿda īmānihim washahidū anna l-rasūla ḥaqqun wajāahumu l-bayinātu wal-lahu lā yahdī l-qawma l-ẓālimīna
Dhivehi ތިމާމެން إيمان ވުމަށްފަހު ކާފަރުވެ އަދި رسول އާ އެއީ ހަމަ حقّ ތެދުވެރި رسول އަކުކަމުގައި އެމީހުން ހެކިދިނުމަށްފަހު - އަދި އެއީ ތެދުކަމުގެމައްޗަށް دليل ކުރާ دليل ތަކާއި حجّة ތައް އެމީހުންގެގާތަށް އައުމަށްފަހު ދެން ކާފަރުވެއްޖެ ބަޔަކަށް ﷲ ތެދުމަގުދައްކަވާނީ ކޮންފަދައަކުން ހެއްޔެވެ؟ އަދި އަނިޔާވެރިވެއްޖެބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.
Verse 87
أُو۟لَـٰٓئِكَ جَزَآؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ ٱللَّهِ وَٱلْمَلَـٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ
Transliteration ulāika jazāuhum anna ʿalayhim laʿnata l-lahi wal-malāikati wal-nāsi ajmaʿīna
Dhivehi އަދި އެމީހުންގެ جزاء އެއްކަމުގައި ވަނީ ހަމަކަށަވަރުން އެމީހުންގެމައްޗަށް ﷲ އާއި އެކަލާނގެ މަލާއިކަތްބޭކަލުންނާއި އަދި އެންމެހައި މީސްތަކުން لعنة ލެއްވުމެވެ.
Verse 88
خَـٰلِدِينَ فِيهَا لَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنظَرُونَ
Transliteration khālidīna fīhā lā yukhaffafu ʿanhumu l-ʿadhābu walā hum yunẓarūna
Dhivehi އެ لعنة ގައި (عذاب ގައި) އެމީހުން ދެމިތިބުމެވެ. އެމީހުންނަށް عذاب ލުއިނުވެވޭހުއްޓެވެ. އަދި މުހުލަތު ދެވޭނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.
Verse 89
إِلَّا ٱلَّذِينَ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Transliteration illā alladhīna tābū min baʿdi dhālika wa-aṣlaḥū fa-inna l-laha ghafūrun raḥīmun
Dhivehi (އެކަމަކު) އެކަންކަމަށްފަހުވެސް އެމީހުން توبة ވެ صالح عمل ކޮށްފިބަޔަކު މެނުވީއެވެ. (ފަހެ އެފަދައިން ކަންތައްކޮށްފިބަޔަކަށް ﷲ توبة ލައްވާ ފާފަފުއްސެވުން أمّيد ކުރެވެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 90
إِنَّ ٱلَّذِينَ كَفَرُوا۟ بَعْدَ إِيمَـٰنِهِمْ ثُمَّ ٱزْدَادُوا۟ كُفْرًا لَّن تُقْبَلَ تَوْبَتُهُمْ وَأُو۟لَـٰٓئِكَ هُمُ ٱلضَّآلُّونَ
Transliteration inna alladhīna kafarū baʿda īmānihim thumma iz'dādū kuf'ran lan tuq'bala tawbatuhum wa-ulāika humu l-ḍālūna
Dhivehi ހަމަކަށަވަރުން އެބަޔަކު އީމާންވުމަށްފަހު ކާފަރުވެ ދެން އަދި އެކާފަރުކަމުގެމައްޗަށް ކާފަރުކަން އިތުރުކުރިބަޔަކު ދަންނައެވެ! އެބަހީ އެކާފަރުކަމާއި އެކު އެހެނިހެން ފާފަތައް ގިނަކުރިމީހުން އެމީހުންގެ توبة قبول ނުވެވޭހުއްޓެވެ. (އެބަހީ ކާފަރުކަމަށްފަހު ކާފަރުކަންމަތީތިބެ އެކުރި ފާފަ ކުރީގެ އެކާފަރުކަން ދޫނުކުރަނީސް އެމީހުންގެ އެފާފަތަކުގެ توبة قبول ނުކުރައްވާނެއެވެ. އެމީހުން އެއީ ކަނޑައެޅިގެން މަގުފުރެދި ވާވަދެގެންވާ މީހުންނެވެ.
Verse 91
إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ ٱلْأَرْضِ ذَهَبًا وَلَوِ ٱفْتَدَىٰ بِهِۦٓ ۗ أُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّـٰصِرِينَ
Transliteration inna alladhīna kafarū wamātū wahum kuffārun falan yuq'bala min aḥadihim mil'u l-arḍi dhahaban walawi if'tadā bihi ulāika lahum ʿadhābun alīmun wamā lahum min nāṣirīna
Dhivehi ހަމަކަށަވަރުން ކާފަރު ވެއްޖެ މީސްތަކުން އަދި އެމީހުންގެ އެކާފަރުކަންމަތީ މަރުވެދިޔަ މީސްތަކުން (ދަންނައެވެ!) ފަހެ އެމީހުންކުރެ އެކެއްގެ ކިބައިންވެސް ބިންފުރޭހާރަން (އެމީހުން ޢަޒާބުން ސަލާމަތް ވުމަށް) ފިދުޔައެއްގެ ގޮތުން ދިންނަމަވެސް ޤަބޫލު ނުވެވޭނެއެވެ. އެމީހުންނަށް ހުރީ ހަމަ ވޭންދެނިވި ޢަޒާބެވެ. އަދި އެމީހުންނަށް އެއްވެސް نَصر ވެރިއަކު ނުވެއެވެ. (މިއީ محمد ގެ ފާނަށް ފަހު އެކަލޭގެފާނަށް تبع ނުވި ކޮންމެ މީހަކައްއޮތް ބަސްފުޅެކެވެ.)
Verse 92
لَن تَنَالُوا۟ ٱلْبِرَّ حَتَّىٰ تُنفِقُوا۟ مِمَّا تُحِبُّونَ ۚ وَمَا تُنفِقُوا۟ مِن شَىْءٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
Transliteration lan tanālū l-bira ḥattā tunfiqū mimmā tuḥibbūna wamā tunfiqū min shayin fa-inna l-laha bihi ʿalīmun
Dhivehi އޭ مؤمن ންނޭވެ! ކަލޭމެން ލޯބިކުރާތަކެތީން ކަލޭމެން (صدقة ގެގޮތުން ނުވަތަ ﷲ ގެމަގުގައި) ހޭދަކޮށްފުމަށްދާންދެން ކަލޭމެނަށް ހެވެއް ނުލިބޭނެއެވެ. (ސަވާބެއް ނުލިބޭނެއެވެ.) އަދި ކަލޭމެން އެ ހޭދަކުރި ކޮންމެއެއްޗެއް ﷲ ދެނެވޮޑިގެންވެއެވެ.
Verse 93
۞ كُلُّ ٱلطَّعَامِ كَانَ حِلًّا لِّبَنِىٓ إِسْرَٰٓءِيلَ إِلَّا مَا حَرَّمَ إِسْرَٰٓءِيلُ عَلَىٰ نَفْسِهِۦ مِن قَبْلِ أَن تُنَزَّلَ ٱلتَّوْرَىٰةُ ۗ قُلْ فَأْتُوا۟ بِٱلتَّوْرَىٰةِ فَٱتْلُوهَآ إِن كُنتُمْ صَـٰدِقِينَ
Transliteration kullu l-ṭaʿāmi kāna ḥillan libanī is'rāīla illā mā ḥarrama is'rāīlu ʿalā nafsihi min qabli an tunazzala l-tawrātu qul fatū bil-tawrāti fa-it'lūhā in kuntum ṣādiqīna
Dhivehi تَوْرَاة ބާވައިލެއްވުމުގެކުރިން إسرائيل (يعني يعقوب عليه السّلام) އެކަލޭގެފާނު އަމިއްލަ نفس ފުޅަށް حرام ކުރެއްވި އެއްޗެއްމެނުވީ އެހެން ހުރިހާ ކާނާއެއް بني إسرائيل ގެމައްޗަށް حلال ވެގެންވެއެވެ. (އެކަލޭގެފާނު حرام ކުރެއްވި އެއްޗެއްކަމުގައިވަނީ جَمَلُ މަހާއި އޭގެ ކިރެވެ. އެއީ އެކަލޭގެފާނު ބައްލަވައިގެންނެވި نَذْر ފުޅެއްގެ ސަބަބުންކަމުގައި تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. والله أعلم) ފަހެ ކަލޭމެން بني إسرائيل ން ނިކަން توراة ގެނަސް ކިޔައިބަލާށެވެ. ކަލޭމެންނީ ތެދުވެރިންކަމުގައި ވަންޏާއެވެ. (ﷲ ގެމައްޗަށް ދޮގުތައް ނުހަދާށެވެ. توراة ބާވައިލެއްވުމުގެކުރިން بني إسرائيل ންމައްޗަށް ކާނާގެ އެއްޗެއް ﷲ حرام ނުކުރައްވައެވެ.)
Verse 94
فَمَنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ مِنۢ بَعْدِ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ
Transliteration famani if'tarā ʿalā l-lahi l-kadhiba min baʿdi dhālika fa-ulāika humu l-ẓālimūna
Dhivehi އަދި އެއަށްފަހު އެބަހީ توراة ގެނަސް ކަލޭމެން އެކިޔެވުމަށްފަހު ދެން ﷲ ގެމައްޗަށް ދޮގެއް އުފައްދައިގެންފިބަޔަކު ދަންނައެވެ. ފަހެ އެމީހުންނީ ކަނޑައެޅިގެން އަނިޔާވެރިންނެވެ.
Verse 95
قُلْ صَدَقَ ٱللَّهُ ۗ فَٱتَّبِعُوا۟ مِلَّةَ إِبْرَٰهِيمَ حَنِيفًا وَمَا كَانَ مِنَ ٱلْمُشْرِكِينَ
Transliteration qul ṣadaqa l-lahu fa-ittabiʿū millata ib'rāhīma ḥanīfan wamā kāna mina l-mush'rikīna
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ބާވައިލެއްވީ ހަމަ حقّ ތެދުވާހަކައެވެ. (إسرائيل ގެ މައްޗަކަށްވެސް އަދި އެކަލޭގެފާނުންގެ ދަރިންގެމައްޗަކަށްވެސް ކަލޭމެން ތިޔަބުނާ ތަކެތި ﷲ حرام ނުކުރައްވައެވެ.) ފަހެ ކަލޭމެން إبراهيم عليه السّلام ގެ ملّة އާއި تبع ވާށެވެ. شرك އާއި ދުރުވެ توحيد އަށް ސީދާވެގެންވާ حال ގައެވެ. އަދި އެކަލޭގެފާނު مشرك ންގެތެރެއިން ނުވެއެވެ.
Verse 96
إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكًا وَهُدًى لِّلْعَـٰلَمِينَ
Transliteration inna awwala baytin wuḍiʿa lilnnāsi lalladhī bibakkata mubārakan wahudan lil'ʿālamīna
Dhivehi ހަމަކަށަވަރުން (އަޅުކަންކުރުމުގެގޮތުން) މީސްތަކުންނަށްޓަކައި އެންމެ ފުރަތަމަ ބެހެއްޓުނު ގެއަކީ ކަނޑައެޅިގެން بَكّة އެވެ ކިޔުނު ތާނގައިވާ ގެފުޅެވެ. (أبو جعفر الطّبرى އެކަލޭގެފާނުންގެ مشهور تفسير ގައި ލިއުއްވާފައިވަނީ بَكّة އަކީ مَسْجِدُالحَرَام - އެމިސްކިތުގެ އެތެރެކަމުގައެވެ. مَسْجِدُالحَرَام މިސްކިތުން ބޭރުވީމާ ދެން ކިޔާނީ مَكّة އެވެ. بَكّة ގެ لفظ ގެ މާނައީ الزّحْمُ އެވެ. އެއީ ގައިގޯޅިވެ ބޮނޑިވުމެވެ. އެގޮތުން ބެލީމާ އެއީ ގެފުޅު ވަށައިގެން مَسْجِدُالحَرَام ގެ ބޭރުގައިވާ طَوَاف ކުރާތަނެވެ. މީސްތަކުން ބޮނޑިވެ ގައިގޯޅިވާތަނެވެ. والله أعلم) އެގެފުޅަކީ بركات ތެރި އަދި އެންމެހައި عَالَم ތަކަށްވާ ތެދުމަގެއްގެގޮތުން ބެހެއްޓިފައިވާ ތަނެވެ.
Verse 97
فِيهِ ءَايَـٰتٌۢ بَيِّنَـٰتٌ مَّقَامُ إِبْرَٰهِيمَ ۖ وَمَن دَخَلَهُۥ كَانَ ءَامِنًا ۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَـٰلَمِينَ
Transliteration fīhi āyātun bayyinātun maqāmu ib'rāhīma waman dakhalahu kāna āminan walillahi ʿalā l-nāsi ḥijju l-bayti mani is'taṭāʿa ilayhi sabīlan waman kafara fa-inna l-laha ghaniyyun ʿani l-ʿālamīna
Dhivehi އެތާނގައި (ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ) ކަނޑައެޅިގެންވާ دليل ތައްވެއެވެ. إبراهيم عليه السّلام ގެ مقام ވަނީ އެ دليل ތަކުގެ ތެރެއިންނެވެ. އަދި އެތަނަށް ވަދެއްޖެމީހާއީ ހުރިހާ ނުރައްކަލަކުން އަމާންވެގެންވާ މީހަކުކަމުގައިވިއެވެ. (ނަމަވެސް އެއީ ﷲ ގެ حَدّ ތަކުގެތެރެއިން حدّ އެއްގައި ބެދިގެން އެއިން ފިލަން އައި މީހަކުކަމުގައިވެގެން ނުވާނެއެވެ.) އަދި ﷲ تعالى ގެ ރަސްކަންފުޅަށްޓަކައި ގެފުޅަށްގޮސް حجّ ވުން (حجّ ކުރުން) މީސްތަކުންގެމައްޗަށް ކަނޑައެޅި فرض ވެގެންވެއެވެ. އެކަމަށް މަގު ކުޅަދާނަވެގެންވާ މީހާގެ މައްޗަށެވެ. އަދި (ﷲ فرض ކުރެއްވި ކަންތައްތަކަށް) ކާފަރުވެއްޖެމީހާ ދަންނައެވެ. އެކަމަކުން ﷲ އަށް އެއްވެސް ގެއްލުމެއް ނާންނާނެއެވެ.) އެހެނީ ހަމަކަށަވަރުން ﷲ އީ އެންމެހައި عَالَم ތައް ފިޔަވައި އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ ކަލާނގެއެވެ.
Verse 98
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَٱللَّهُ شَهِيدٌ عَلَىٰ مَا تَعْمَلُونَ
Transliteration qul yāahla l-kitābi lima takfurūna biāyāti l-lahi wal-lahu shahīdun ʿalā mā taʿmalūna
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ أهل كتاب ންނޭވެ! ކަލޭމެން ރަނގަޅަށް ދެނެތިބި حال އަދި އެއީ حقّ ތެދުކަމުގައި ހެކިވެގެންވާ حال ﷲ ގެ އާޔަތްތަކަށް ކަލޭމެން ކާފަރުވަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންކުރާ ކަންތަކަށް ﷲ ހެކިވެވޮޑިގަންނަވައެވެ.
Verse 99
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ تَبْغُونَهَا عِوَجًا وَأَنتُمْ شُهَدَآءُ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ
Transliteration qul yāahla l-kitābi lima taṣuddūna ʿan sabīli l-lahi man āmana tabghūnahā ʿiwajan wa-antum shuhadāu wamā l-lahu bighāfilin ʿammā taʿmalūna
Dhivehi އޭ أهل كتاب ންނޭވެ! އީމާންވީ މީސްތަކުންނަށް ކަލޭމެން ﷲ ގެ މަގު ބަންދުކޮށް އޮޅުވާ ހަދަނީ ކީއްވެގެންހެއްޔެވެ؟ އަދި އެމަގަކީ ހަމަ حقّ ތެދުމަގުކަމުގައި ކަލޭމެން ހެކިވެގެންވާ حال އެމަގު ގުދުކޮށް އޮޅުވައި މީހުން މަގުފުރައްދަން އުޅެނީ ކީއްވެގެންހެއްޔެވެ؟ އަދި ކަލޭމެން ކުރާ ކަންތަކަށް ﷲ غافل ވެ ވޮޑިގެން ނުވެއެވެ.
Verse 100
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ فَرِيقًا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ يَرُدُّوكُم بَعْدَ إِيمَـٰنِكُمْ كَـٰفِرِينَ
Transliteration yāayyuhā alladhīna āmanū in tuṭīʿū farīqan mina alladhīna ūtū l-kitāba yaruddūkum baʿda īmānikum kāfirīna
Dhivehi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! يهودي ންނާއި نصارى އިންކުރެ (اهل كتاب ންކުރެ) އެއްވެސް ބަޔަކަށް (ބައިގަނޑަކަށް) ކަލޭމެން ކިޔަމަންވެއްޖެއްޔާ ކަލޭމެން އީމާންކަމަށްފަހު ކާފަރުކަމުގެ ތެރެއަށް އެމީހުން ކަލޭމެން ގެންދާނެއެވެ.
Verse 101
وَكَيْفَ تَكْفُرُونَ وَأَنتُمْ تُتْلَىٰ عَلَيْكُمْ ءَايَـٰتُ ٱللَّهِ وَفِيكُمْ رَسُولُهُۥ ۗ وَمَن يَعْتَصِم بِٱللَّهِ فَقَدْ هُدِىَ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
Transliteration wakayfa takfurūna wa-antum tut'lā ʿalaykum āyātu l-lahi wafīkum rasūluhu waman yaʿtaṣim bil-lahi faqad hudiya ilā ṣirāṭin mus'taqīmin
Dhivehi އަދި ކަލޭމެން ކާފަރުވުން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ ކަލޭމެންގެމައްޗަށް ﷲ ގެ އާޔަތްތައް ކިޔެވެނީއެވެ. އަދި ކަލޭމެންގެމެދުގައި އެކަލާނގެ رسول ތިޔަހުންނެވީއެވެ. (މިހެން މިކަންކަންހުރިއިރު ކަލޭމެން ކާފަރުވުން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ أهل كتاب ންގެ ބަސްއަހައި އެމީހުންނަށް ކިޔަމަންވާންވީ ކީއްވެގެންހެއްޔެވެ؟) އަދި ﷲ ގެ حضرة ން ރައްކާތެރިކަން ލިބިގެންފިމީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހާއަށް ސީދާވެގެންވާ ތެދުމަގުން މަގުލިބިއްޖެއެވެ.
Verse 102
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
Transliteration yāayyuhā alladhīna āmanū ittaqū l-laha ḥaqqa tuqātihi walā tamūtunna illā wa-antum mus'limūna
Dhivehi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެއީ އެކަލާނގެއަށް تقوى ވެރިވުން حقّ ވާވަރަށެވެ. އަދި مسلم ންކަމުގައި / ނުވަތަ ﷲ އަށް ކިޔަމަންތެރިވެގެންވާ حال ގައިމެނުވީ ކަލޭމެން މަރުނުވާހުށިކަމެވެ.
Verse 103
وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ ٱلنَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَهْتَدُونَ
Transliteration wa-iʿ'taṣimū biḥabli l-lahi jamīʿan walā tafarraqū wa-udh'kurū niʿ'mata l-lahi ʿalaykum idh kuntum aʿdāan fa-allafa bayna qulūbikum fa-aṣbaḥtum biniʿ'matihi ikh'wānan wakuntum ʿalā shafā ḥuf'ratin mina l-nāri fa-anqadhakum min'hā kadhālika yubayyinu l-lahu lakum āyātihi laʿallakum tahtadūna
Dhivehi އަދި ކަލޭމެން ﷲ ގެ ވާފަށުގައި އެކީއެކަށް އެންމެން ހިފާށެވެ! އެކަލާނގެ دين ގައި ހިފާށެވެ! އަދި ކަލޭމެން ވަކިވަކިވެ ނުގަންނާށެވެ! އަދި ކަލޭމެންގެމައްޗަށް ﷲ ގެ نعمة ކަލޭމެން ހަނދާންކުރާށެވެ! އެއީ ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް عداوة ތެރިންކަމުގައި ވެފައިވަނިކޮށް ދެން އެކަލާނގެ ކަލޭމެންގެ ހިތްތައް އެކުވެރިކުރެއްވިއެވެ. އަދި އެކަލާނގެ ދެއްވި (إسلام دين ގެ) نعمة ގެ ސަބަބުން ކަލޭމެން (އެއްބަނޑުއެއްބަފާ) أخ ންތަކެއްކަމުގައިވެއްޖެއެވެ. އަދި ކަލޭމެން (إسلام دين އައުމުގެކުރިން) ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތުގައި ވަނިކޮށް އެކަލާނގެ ކަލޭމެން އެތަނުން ސަލާމަތްކުރެއްވިއެވެ. އެކަލާނގެ އާޔަތްތައް ކަލޭމެނަށް އެކަލާނގެ ބަޔާންކޮށްދެއްވަނީ އެފަދައިންނެވެ. އެއީ ކަލޭމެންނަށް ތެދުމަގު ލިބުމުގެ أمّيد ގައެވެ.
Verse 104
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ
Transliteration waltakun minkum ummatun yadʿūna ilā l-khayri wayamurūna bil-maʿrūfi wayanhawna ʿani l-munkari wa-ulāika humu l-muf'liḥūna
Dhivehi އަދި ކަލޭމެންގެތެރޭގައި ހެޔޮކަންތަކަށް ގޮވާބަޔަކުވާހުށިކަމެވެ! އަދި އެމީހުން ހެޔޮކަންތަކަށް أمر ކޮށް مُنْكَرَاة ނަހީކޮށް މަނާކުރާ ބަޔަކުކަމުގައިވާށެވެ! އެފަދަ މީހުން އެއީ ކަނޑައެޅިގެން كامياب ވާނޭ މީހުންނެވެ.
Verse 105
وَلَا تَكُونُوا۟ كَٱلَّذِينَ تَفَرَّقُوا۟ وَٱخْتَلَفُوا۟ مِنۢ بَعْدِ مَا جَآءَهُمُ ٱلْبَيِّنَـٰتُ ۚ وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ عَظِيمٌ
Transliteration walā takūnū ka-alladhīna tafarraqū wa-ikh'talafū min baʿdi mā jāahumu l-bayinātu wa-ulāika lahum ʿadhābun ʿaẓīmun
Dhivehi އަދި އެމީހުންގެގާތަށް ބަޔާންވެގެންވާ دليل އާއި حجّة އައުމަށްފަހު ބައިބައިވެ ދެބަސްވެ إختلاف ވީމީހުން ފަދައިން ކަލޭމެން ނުވާށެވެ! އަދި އެމީހުންނަށް ކަނޑައެޅިގެންހުރީ ބޮޑުވެގެންވާ عذاب އެވެ.
Verse 106
يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ فَأَمَّا ٱلَّذِينَ ٱسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَـٰنِكُمْ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ
Transliteration yawma tabyaḍḍu wujūhun wataswaddu wujūhun fa-ammā alladhīna is'waddat wujūhuhum akafartum baʿda īmānikum fadhūqū l-ʿadhāba bimā kuntum takfurūna
Dhivehi އެއީ އެއްބައެއްގެ މޫނުތައް އަލިވެ އުޖާލާވެ އަދި އަނެއްބައެއްގެ މޫނުތައް ކަޅުވެ އަނދިރިވާ ދުވަހުންނެވެ. ފަހެ އެބައެއްގެ މޫނުތައް ކަޅުވެ އަނދިރިވާ މީހުންނަށް ބުނެވޭނެއެވެ. ކަލޭމެންގެ އީމާންކަމަށްފަހު ކަލޭމެން ކާފަރުވީހެއްޔެވެ؟ (ކާފަރުވީއެވެ.) ފަހެ އެހެންވެ ކަލޭމެން ކާފަރުވީކަމުގެ ސަބަބުން ކަލޭމެން عذاب ގެރަހަ ލިބިގަންނާށެވެ!
Verse 107
وَأَمَّا ٱلَّذِينَ ٱبْيَضَّتْ وُجُوهُهُمْ فَفِى رَحْمَةِ ٱللَّهِ هُمْ فِيهَا خَـٰلِدُونَ
Transliteration wa-ammā alladhīna ib'yaḍḍat wujūhuhum fafī raḥmati l-lahi hum fīhā khālidūna
Dhivehi އަދި އެމީހުންގެ މޫނުތައް އަލިވެ އުޖާލާވީމީހުން ދަންނައެވެ. ފަހެ އެމީހުން ވަނީ ﷲ ގެ رحمة ގައެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ. • ދަންނައެވެ! قيامة ދުވަހުން މޫނުއަލިވެ އުޖާލާވެގެންވާނީ ހެޔޮލަފާ މީހުންނެވެ. އަދި މޫނު ކަޅުވެ ނާމާންވެގެންވާނީ ނުބައި ނުލަފާ މީހުންނެވެ. (والله أعلم)
Verse 108
تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۗ وَمَا ٱللَّهُ يُرِيدُ ظُلْمًا لِّلْعَـٰلَمِينَ
Transliteration til'ka āyātu l-lahi natlūhā ʿalayka bil-ḥaqi wamā l-lahu yurīdu ẓul'man lil'ʿālamīna
Dhivehi އެއީ އެބަހީ އިސްވެދިޔަ ވާހަކަތަކަކީ ﷲ ގެ وعظ އާއި نصيحة އެވެ. ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެވާހަކަތައް حقّ ގޮތުގައި ކިޔައިދެމެވެ. އަދި عالم ތަކަށް އަނިޔާވެރިވެވޮޑިގަންނަވަން އެދިވޮޑިގަންނަވާ ކަލަކުކަމުގައި ﷲ ނުވެއެވެ.
Verse 109
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ
Transliteration walillahi mā fī l-samāwāti wamā fī l-arḍi wa-ilā l-lahi tur'jaʿu l-umūru
Dhivehi އަދި އުޑުތަކާއި ބިމުގައި ވާހާތަކެތި މިލްކުވެ خاصّ ވެގެންވަނީ ﷲ އަށެވެ. އަދި އެންމެހައި ކަންތައް އެނބުރި رجوع ވުންވަނީ ހަމަ ﷲ އަށެވެ.
Verse 110
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَـٰبِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَـٰسِقُونَ
Transliteration kuntum khayra ummatin ukh'rijat lilnnāsi tamurūna bil-maʿrūfi watanhawna ʿani l-munkari watu'minūna bil-lahi walaw āmana ahlu l-kitābi lakāna khayran lahum min'humu l-mu'minūna wa-aktharuhumu l-fāsiqūna
Dhivehi މީސްތަކުންނަށް ނެރެވުނު އެންމެހެޔޮ أمّة ކަމުގައި ކަލޭމެންވީމުއެވެ. ކަލޭމެން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި ކަލޭމެން مُنْكراة ތައް ނަހީކުރަމުއެވެ. އަދި ކަލޭމެން ﷲ އަށް އީމާންވަމުއެވެ. (ފަހެ މިތިންސިފަހުރި މީހުންނަކީ ހެޔޮ أمّة ގެމީހުންކަމުގައި ވާނެއެވެ.) ދެންފަހެ مَعْرُوف އަކީ ﷲ އަށް އީމާންވެގެންވާ ބުއްދިރަނގަޅު މީހުންގެގާތުގައި ރަނގަޅު ކަންކަމެވެ. ﷲ އަށް ކިޔަމަންތެރިވުމެވެ. مُنْكراة އަކީ އެކަމަށް ﷲ ރުހިވޮޑިނުގަންނަވާ ކަންކަމެވެ. އަދި إيمان ކަމުގެ أهل ވެރިންގެގާތުގައި ހުތުރުވެގެންވާ ކަންކަމެވެ. އުރެދުމެވެ. والله أعلم އަދި أهل كتاب ންގެމީހުން ﷲ އަށް އީމާންވީނަމަ އެކަން އެމީހުންނަށް ހެޔޮވެގެންވެއެވެ. އެމީހުންގެ ތެރޭގައި مؤمن ންވެއެވެ. އަދި އެމީހުންކުރެ ގިނަމީހުންނަކީ فاسق ންނެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.)
Verse 111
لَن يَضُرُّوكُمْ إِلَّآ أَذًى ۖ وَإِن يُقَـٰتِلُوكُمْ يُوَلُّوكُمُ ٱلْأَدْبَارَ ثُمَّ لَا يُنصَرُونَ
Transliteration lan yaḍurrūkum illā adhan wa-in yuqātilūkum yuwallūkumu l-adbāra thumma lā yunṣarūna
Dhivehi އެމީހުނަށް (އެބަހީ أهل كتاب ންގެމީހުންގެ އަތުން) ކަލޭމެން مؤمن ންނަށް އެއްވެސް ދައްޗެއް އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ. އެމީހުންނަށް ވާނެ ވަރަކީ ހަމައެކަނި ކުޑަ އުނދަގުލެއްކޮށްލުމެވެ. (އެއީ އެމީހުން ބުނާ شرك ގެ لفظ ތައް ބުނާއަޑުއިވުމުން ކަލޭމެނަށްވާ އުނދަގުލެވެ. އެހެން ގެއްލުމެއް ނުދެވޭނެއެވެ.) އަދި އެމީހުން ކަލޭމެނާ ހަނގުރާމަކުރިޔަސް އެމީހުން ދޭނީ ކަލޭމެނަށް ފުރަގަހެވެ. ދެން އެމީހުންނަށް نصر ނުލިބެވޭނެއެވެ.
Verse 112
ضُرِبَتْ عَلَيْهِمُ ٱلذِّلَّةُ أَيْنَ مَا ثُقِفُوٓا۟ إِلَّا بِحَبْلٍ مِّنَ ٱللَّهِ وَحَبْلٍ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٍ مِّنَ ٱللَّهِ وَضُرِبَتْ عَلَيْهِمُ ٱلْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ
Transliteration ḍuribat ʿalayhimu l-dhilatu ayna mā thuqifū illā biḥablin mina l-lahi waḥablin mina l-nāsi wabāū bighaḍabin mina l-lahi waḍuribat ʿalayhimu l-maskanatu dhālika bi-annahum kānū yakfurūna biāyāti l-lahi wayaqtulūna l-anbiyāa bighayri ḥaqqin dhālika bimā ʿaṣaw wakānū yaʿtadūna
Dhivehi އެމީހުން ވީ ކޮންމެތާކު އެމީހުންނަށް އޮތީ ދެރަކަމާއި ނިކަމެތިކަމެވެ. ހަމައެކަނި ﷲ ގެ حضرة ގައި ވެފައިވާ عَهْد އެއްގެ ސަބަބުން ނުވަތަ މީސްތަކުންނާއިދެމެދުވާ عهد އާއި އެއްބަސްވުމެއްގެ ސަބަބުން މެނުވީއެވެ. (އެފަދަ عهد އެއް / އެގްރީމެންޓެއްވާނަމަ އެ އެ عهد އެއް ނުވަތަ އެ އެގްރީމެންޓަކާއި އެއްގޮތްވާގޮތުގެ މަތީން އެމީހުންނަށްއޮތް رَحْم އެއް إحترام އެއް އޮންނާނެއެވެ.) އަދި އެމީހުން އެނބުރިދިޔައީ ﷲ ގެ حضرة ން ކޯފާޔާއިގެންނެވެ. އަދި އެމީހުންގެމައްޗަށް فقير ކަމާއި ނިކަމެތިކަން ޖެހިގެންވެއެވެ. އެހެން އެކަންވާންޖެހުނީ ހަމަކަށަވަރުން އެމީހުން ﷲ ގެ އާޔަތްތަކަށް ކާފަރުވާކަމުގެ ސަބަބުންނާއި އަދި އެއްވެސް حقّ އެއްނެތި نَبي ބޭކަލުން قتل ކުރުމުގެ ސަބަބުންނެވެ. އަދި އެމީހުން نبي ބޭކަލުން قتل ކޮށް ﷲ ގެ އާޔަތްތަކަށް ކާފަރުވަނީ އެމީހުންގެ އުރެދުމާއި އަދި އެމީހުންނީ ހައްދުފަހަނަޅައިގެންވާ ބަޔަކު ކަމުގައިވީކަމެވެ.
Verse 113
۞ لَيْسُوا۟ سَوَآءً ۗ مِّنْ أَهْلِ ٱلْكِتَـٰبِ أُمَّةٌ قَآئِمَةٌ يَتْلُونَ ءَايَـٰتِ ٱللَّهِ ءَانَآءَ ٱلَّيْلِ وَهُمْ يَسْجُدُونَ
Transliteration laysū sawāan min ahli l-kitābi ummatun qāimatun yatlūna āyāti l-lahi ānāa al-layli wahum yasjudūna
Dhivehi أهل كتاب ންގެ އެންމެން ހަމަހަމަވެގެން ނުވެއެވެ. އެމީހުންގެތެރޭގައި ﷲ ގެ دين މަތީ قائم ވެގެންވާ ބަޔަކުވެއެވެ. އެމީހުން ނަމާދުކޮށް سجدة ކުރާ حال ރޭގަނޑުގެ ވަގުތަކުގައި ﷲ ގެ އާޔަތްތައް ކިޔަވައެވެ.
Verse 114
يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَأُو۟لَـٰٓئِكَ مِنَ ٱلصَّـٰلِحِينَ
Transliteration yu'minūna bil-lahi wal-yawmi l-ākhiri wayamurūna bil-maʿrūfi wayanhawna ʿani l-munkari wayusāriʿūna fī l-khayrāti wa-ulāika mina l-ṣāliḥīna
Dhivehi އަދި އެމީހުން ﷲ އަށާއި آخرة ދުވަހަށް އީމާންވެއެވެ. އަދި އެމީހުން ހެޔޮކަންތަކަށްއަމުރުކޮށްمُنكَرات ނަހީކޮށް ހަދައެވެ. އަދި އެމީހުން ހެޔޮކަންކަމުގައި އަވަސްވެއެވެ. އަދި ކަނޑައެޅިގެން އެމީހުން ވަނީ صالح މާތްމީހުންގެ ތެރެއިންނެވެ.
Verse 115
وَمَا يَفْعَلُوا۟ مِنْ خَيْرٍ فَلَن يُكْفَرُوهُ ۗ وَٱللَّهُ عَلِيمٌۢ بِٱلْمُتَّقِينَ
Transliteration wamā yafʿalū min khayrin falan yuk'farūhu wal-lahu ʿalīmun bil-mutaqīna
Dhivehi އަދި ހެޔޮކަމުގެ ތެރެއިން އެމީހުންކުރާ އެއްވެސްކަމެއްގެ ދަރުމަޔާއި ثواب بَاطل ނުވާހުއްޓެވެ. އަދި تقوى ވެރިންގެ ހުރިހާކަމެއް ﷲ ދެނެވޮޑިގެންވެއެވެ.
Verse 116
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًٔا ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۚ هُمْ فِيهَا خَـٰلِدُونَ
Transliteration inna alladhīna kafarū lan tugh'niya ʿanhum amwāluhum walā awlāduhum mina l-lahi shayan wa-ulāika aṣḥābu l-nāri hum fīhā khālidūna
Dhivehi ހަމަކަށަވަރުން ކާފަރުވެއްޖެ މީސްތަކުން (ދަންނައެވެ.) އެމީހުންނަށް އެމީހުންގެ މުދަލުންވިޔަސް އަދި އެމީހުންގެ ދަރިންގެ ފަރާތުންވިޔަސް ﷲ ގެ حضرة ން އަންނަ އެއްވެސް ނުރައްކަލެއް އަދި عذاب އެއްވިޔަސް ދުރުކޮށްދީ ކަމެއް ފުއްދައިދިނުމެއް ނުވެއެވެ. އަދި އެމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.
Verse 117
مَثَلُ مَا يُنفِقُونَ فِى هَـٰذِهِ ٱلْحَيَوٰةِ ٱلدُّنْيَا كَمَثَلِ رِيحٍ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍ ظَلَمُوٓا۟ أَنفُسَهُمْ فَأَهْلَكَتْهُ ۚ وَمَا ظَلَمَهُمُ ٱللَّهُ وَلَـٰكِنْ أَنفُسَهُمْ يَظْلِمُونَ
Transliteration mathalu mā yunfiqūna fī hādhihi l-ḥayati l-dun'yā kamathali rīḥin fīhā ṣirrun aṣābat ḥartha qawmin ẓalamū anfusahum fa-ahlakathu wamā ẓalamahumu l-lahu walākin anfusahum yaẓlimūna
Dhivehi މިދުނިޔޭގެ حياة ގައި އެމީހުން ހޭދަކުރާތަކެތީގެ މިސާލަކީ އޭގައި ގަދަފިނިކަންހުރި ވައެއްގެ މިސާލެވެ. ދެން އެވައި ތިމާމެންގެ އަމިއްލަ نفس އަށް އަނިޔާވެރިވެގެންވާ ބައެއްގެ ދަނޑަށް ޖެހި ދެން އެވައިގެ ސަބަބުން ދަނޑު ހަލާކުކޮށްލީއެވެ. އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިނުގަންނަވައެވެ. އަދި އެހެނެއްކަމަކު އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވީއެވެ.
Verse 118
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ بِطَانَةً مِّن دُونِكُمْ لَا يَأْلُونَكُمْ خَبَالًا وَدُّوا۟ مَا عَنِتُّمْ قَدْ بَدَتِ ٱلْبَغْضَآءُ مِنْ أَفْوَٰهِهِمْ وَمَا تُخْفِى صُدُورُهُمْ أَكْبَرُ ۚ قَدْ بَيَّنَّا لَكُمُ ٱلْـَٔايَـٰتِ ۖ إِن كُنتُمْ تَعْقِلُونَ
Transliteration yāayyuhā alladhīna āmanū lā tattakhidhū biṭānatan min dūnikum lā yalūnakum khabālan waddū mā ʿanittum qad badati l-baghḍāu min afwāhihim wamā tukh'fī ṣudūruhum akbaru qad bayyannā lakumu l-āyāti in kuntum taʿqilūna
Dhivehi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ دين ގެމީހުން ނޫން މީހުން (އެހެން ދީންދީނުގެމީހުން) އެއީ ކަލޭމެންގެ ސިއްރުވެރި رحمة ތެރިންކަމުގައި ބަލައި إختيار ކޮށް ކަލޭމެން ނުހަދާށެވެ! (އެހެނީ) އެމީހުން ކަލޭމެނަށް ފަސާދަޔާއި ނުބައި މަދުނުކުރާނެއެވެ. (އެބަހީ އެމީހުންކުރާނެކަމަކީ ކަލޭމެން ފަސާދަކޮށް ބަރުބާދުކުރުމެވެ.) އަދި އެމީހުން ލޯބިކުރާނީ ކަލޭމެންނަށް ދަތިވެ ބަރުވާ ޒާތުކަންކަމަށެވެ. ހަމަކަށަވަރުން އެމީހުންގެ އަނގަތަކުން ރުޅިވެރިކަމާއި ދެކޮޅުވެރިކަން ފައުޅުވެއްޖެއެވެ. އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާކޮށް ފޮރުވާފައިވާ އެތި މާބޮޑެވެ. (އެރުޅިވެރިކަމާ حسد ވެރިކަން މާބޮޑެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެނަށް (މިމީހުންނާ ބެހޭގޮތުން) عبرة އާއި نصيحة بيان ކޮށްދީފީމެވެ. ކަލޭމެންނީ ބުއްދިކުރާ ބަޔަކުކަމުގައިވާނަމައެވެ.
Verse 119
هَـٰٓأَنتُمْ أُو۟لَآءِ تُحِبُّونَهُمْ وَلَا يُحِبُّونَكُمْ وَتُؤْمِنُونَ بِٱلْكِتَـٰبِ كُلِّهِۦ وَإِذَا لَقُوكُمْ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ عَضُّوا۟ عَلَيْكُمُ ٱلْأَنَامِلَ مِنَ ٱلْغَيْظِ ۚ قُلْ مُوتُوا۟ بِغَيْظِكُمْ ۗ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ
Transliteration hāantum ulāi tuḥibbūnahum walā yuḥibbūnakum watu'minūna bil-kitābi kullihi wa-idhā laqūkum qālū āmannā wa-idhā khalaw ʿaḍḍū ʿalaykumu l-anāmila mina l-ghayẓi qul mūtū bighayẓikum inna l-laha ʿalīmun bidhāti l-ṣudūri
Dhivehi އޭ މިތިބެ مؤمن ންނޭވެ! ކަލޭމެން أهل كتاب ންދެކެ ލޯބިވަނީއެވެ. (އެކަމަކު) އެމީހުން ކަލޭމެންދެކެ ލޯބިނުވެއެވެ. އަދި ކަލޭމެން މުޅިފޮތަށް އެކީއެކައްޗަކަށް إيمان ވެއެވެ. (އެމީހުން އީމާންވަނީ ފޮތުގެ އެބަޔަށެވެ. އަނެއްބަޔަށް ކާފަރުވަނީއެވެ.) އަދި އެމީހުން ކަލޭމެނާއި ބައްދަލުވެއްޖެއްޔާ އެމީހުން ބުނެއެވެ. އަހުރެމެން އީމާންވެއްޖައީމެވެ. އަދި އެމީހުން އެކަނިވެއްޖެއްޔާ ކަލޭމެންދެކެ ރުޅިއައިސްގެން އެމީހުންގެ އިނގިލިތަކުގައި ދަތްއަޅައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ކަލޭމެންގެ ރުޅީގެ ސަބަބުން މަރުވާށެވެ! ހަމަކަށަވަރުން ﷲ تعالى އީ ހިތްތަކުގެތެރޭގައި ވާތަކެތިވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 120
إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا۟ بِهَا ۖ وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ إِنَّ ٱللَّهَ بِمَا يَعْمَلُونَ مُحِيطٌ
Transliteration in tamsaskum ḥasanatun tasu'hum wa-in tuṣib'kum sayyi-atun yafraḥū bihā wa-in taṣbirū watattaqū lā yaḍurrukum kayduhum shayan inna l-laha bimā yaʿmalūna muḥīṭun
Dhivehi ކަލޭމެން مؤمن ންނަށް ހެޔޮކަމެއް / ރަނގަޅުކަމެއް ދިމާވެއްޖެއްޔާ (އެބަހީ، ކަލޭމެން عداوة ތެރިންގެ މައްޗަށް ގަދަވެ ކާމިޔާބުވުންފަދަ އަދި މީސްތަކުން ދީނަށްވަނުންފަދަ- އުފާވެރިކަމެއް ދިމާވެއްޖެއްޔާ) އެމީހުންނަށް ނުބައިވެއެވެ. އެމީހުންނަށް ދެރަވެ ހިތްހަމަނުޖެހުން މެދުވެރިވެއެވެ. އަދި ކަލޭމެން مؤمن ންނަށް ހަނގުރާމައި ގައި ދެރަވުންފަދަ ދެރަކަމެއް ދިމާވެއްޖެއްޔާ އެމީހުން އެކަމަށް އުފާކުރެއެވެ. އަދި ކަލޭމެން مؤمن ން ކެތްތެރިވެއްޖެއްޔާ އަދި تقوى ވެރިވެއްޖެއްޔާ އެމީހުންގެ ނުބައި ރޭވުމަކުން - މަކަރަކުން ކަލޭމެނަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. ހަމަކަށަވަރުން ﷲ تعالى އެމީހުންކުރާ އެންމެހައި ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ.
Verse 121
وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّئُ ٱلْمُؤْمِنِينَ مَقَـٰعِدَ لِلْقِتَالِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ
Transliteration wa-idh ghadawta min ahlika tubawwi-u l-mu'minīna maqāʿida lil'qitāli wal-lahu samīʿun ʿalīmun
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ކަލޭގެފާނުންގެ أهل ވެރިންގެ އަރިހުން ދުވާލުގެކުރީކޮޅު ހިންގަވާފައި مؤمن ންނަށް ހަނގުރާމައިގެ (أحْدُ ހަނގުރާމައިގެ) މަރުކަޒުތައް ހަމަޖައްސަވާ ސެޓްކޮށްދެއްވުމަށް ވަޑައިގެންނެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ. (އެބަހީ مؤمن ން ދެންނެވި مشورة ގެ އަޑުތައް އައްސަވާވޮޑިގެންވާ އަދި އޭގެތެރެއިން ރަނގަޅު رَأى ދެނެވޮޑިގެންވާ ކަލާނގެއެވެ.)
Verse 122
إِذْ هَمَّت طَّآئِفَتَانِ مِنكُمْ أَن تَفْشَلَا وَٱللَّهُ وَلِيُّهُمَا ۗ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
Transliteration idh hammat ṭāifatāni minkum an tafshalā wal-lahu waliyyuhumā waʿalā l-lahi falyatawakkali l-mu'minūna
Dhivehi ކަލޭމެންގެތެރެއިން ދެބައިގަނޑެއްގެމީހުން (ދެ قَبِيْلَة އެއްގެމީހުން އެއީ بَنُوسَلَمَة ވަންހަޔާއި بَنُوْحَارِثَة ގެ ވަންހަޔާ ދެވަންހައެވެ.) ހަނގުރާމައިން ފޭލިވުމަށް - އެބަހީ ހަނގުރާމަ ދޫކޮށްލާފައި އަނބުރާދިއުމަށް قصد ކުރިހިނދު ﷲ އެދެވަންހައިގެ ސަހަރޯވެރިއަކުކަމުގައިވިއެވެ. (އެދެބައިމީހުންގެ ހިތަށް ވެރިވެފައިވާ ފިނޑިކަމާއި ބަލިކަށިކަމުގެ އަސަރު ﷲ ދުރުކޮށްދެއްވައި ވަކިކޮށްދެއްވިއެވެ.) އަދި مؤمن ން ﷲ އަށް އެކަނި وكيل ކޮށް އިތުބާރުކުރާހުށިކަމެވެ.
Verse 123
وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ
Transliteration walaqad naṣarakumu l-lahu bibadrin wa-antum adhillatun fa-ittaqū l-laha laʿallakum tashkurūna
Dhivehi އަދި ހަމަކަށަވަރުން بَدْرُ ހަނގުރާމައިގާ ﷲ ކަލޭމެނަށް نَصْرُ ދެއްވިއެވެ. އެއީ ކަލޭމެން ނިކަމެތިވެފައިވަނިކޮށެވެ. ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އެއީ ކަލޭމެން شكر ކުރުމަށްޓަކައެވެ.
Verse 124
إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَـٰثَةِ ءَالَـٰفٍ مِّنَ ٱلْمَلَـٰٓئِكَةِ مُنزَلِينَ
Transliteration idh taqūlu lil'mu'minīna alan yakfiyakum an yumiddakum rabbukum bithalāthati ālāfin mina l-malāikati munzalīna
Dhivehi އެއީ ކަލޭގެފާނު مؤمن ންނަށް ވިދާޅުވިހިނދުގައެވެ. ފައިބާވަޑައިގަންނަވާ ތިންހާސް ملائكة ބޭކަލުންގެ مدد އަކުން ކަލޭމެންގެ رَبّ ކަލޭމެނަށް مدد ދެއްވުމުން ކަލޭމެނަށް ނުފުދޭނެހެއްޔެވެ؟ (މިހެން ވިދާޅުވިހިނދުއެވެ. އެއީ بدر ހަނގުރާމައިގެ ދުވަހެވެ.)
Verse 125
بَلَىٰٓ ۚ إِن تَصْبِرُوا۟ وَتَتَّقُوا۟ وَيَأْتُوكُم مِّن فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ ءَالَـٰفٍ مِّنَ ٱلْمَلَـٰٓئِكَةِ مُسَوِّمِينَ
Transliteration balā in taṣbirū watattaqū wayatūkum min fawrihim hādhā yum'did'kum rabbukum bikhamsati ālāfin mina l-malāikati musawwimīna
Dhivehi އާއެކެވެ. (ފުދެއެވެ.) ކަލޭމެން ކެތްތެރިވެއްޖެއްޔާ އަދި ކަލޭމެން تقوى ވެރިވެއްޖެއްޔާ އެމީހުންގެ އަވަސްކަމާއި ރުޅިވެރިކަމާއިއެކު އަތުވެއްޖެއްޔާވެސް ކަލޭމެންގެ رَبّ ކަލޭމެނަށް ހަނގުރާމައަށް ތައްޔާރުވެވިގެން ނިޝާންކުރެވިގެންވާ ފަސްހާސް މަލާއިކަތް ބޭކަލުންގެ މަދަދަކުން ކަލޭމެނަށް މަދަދުކުރައްވާނެއެވެ.
Verse 126
وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِۦ ۗ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ
Transliteration wamā jaʿalahu l-lahu illā bush'rā lakum walitaṭma-inna qulūbukum bihi wamā l-naṣru illā min ʿindi l-lahi l-ʿazīzi l-ḥakīmi
Dhivehi އަދި އެކަން (އެބަހީ މަލާއިކަތް ބޭކަލުންގެ مَدد ގެ وعد ފުޅު) އެއީ ކަލޭމެން (مؤمن ން) ނަށްވާ އުފާވެރިކަމެއްގެ خبر އެއްކަމުގައްޔާއި އަދި ކަލޭމެންގެ ހިތްތަކަށްވާ ހަމަޖެހުމެއް ކަމުގައި މެނުވީ ﷲ ނުލައްވައެވެ. (އަދި އެކަމަކު) نصر ދެއްވުންވަނީ ހަމައެކަނި عزّة ވަންތަ حكمة ވަންތަ ﷲ ގެ حضرة ންކަމުގައި މެނުވީ ނުވެއެވެ.
Verse 127
لِيَقْطَعَ طَرَفًا مِّنَ ٱلَّذِينَ كَفَرُوٓا۟ أَوْ يَكْبِتَهُمْ فَيَنقَلِبُوا۟ خَآئِبِينَ
Transliteration liyaqṭaʿa ṭarafan mina alladhīna kafarū aw yakbitahum fayanqalibū khāibīna
Dhivehi (بَدْر ހަނގުރާމައިގާ ކަލޭމެންނަށް ﷲ نصر ދެއްވީ) ކާފަރުންގެ އެއްކޮޅު ކަނޑައިލުމަށްޓަކައެވެ. (އެހަނގުރާމައިގާ ކާފަރުންގެ ބޮޑެތި އެތައްބަޔަކު މަރުވެ ދިޔައެވެ.) ނުވަތަ އެމީހުން އެދޭއެދުން ނުފުދިގެން ގެއްލުމާއި ނާކާމިޔާބާއިގެން އެނބުރި ދިއުމަށްޓަކައެވެ. (އެމީހުން އެދިގެންތިބިއެދުމަކީ مؤمن ންމަރާ ސުންނާފަތިކޮށް ދެރަކޮށް އެމީހުން ކާމިޔާބު ކުރުމަށެވެ. މިއިން އެއްވެސް ކަމެއްނުވިއެވެ.) • ދަންނައެވެ. މިއާޔަތްތަކުގެ ترجمة ގައި إختلاف ތަކެއްވެއެވެ. މިތާ ލިޔެވިފައި އެވަނީ އޭގެތެރެއިން ގިނަބޭކަލުން ބުރަވެލައްވާގޮތަށެވެ. ދެންފަހެ أُحْدُ ހަނގުރާމައިގެދުވަހު مؤمن ންނަށް ހެދުނު خلاف ވުމެއްގެ ސަބަބުން إسلام ންގެ لشكر އަށް ގެއްލުންތަކެއްވެ ސީދާ رَسول ﷲ ﷺ ގެ طاهر ހަށިކޮޅަށްވެސް އަނިޔާ ތަކެއް ލިބިވަޑައިގަތުމަށްފަހު ކާފަރުންގެމައްޗަށް ކުރެއްވުނު دعاء ފުޅަކުން ދެން މިއަންނަ އާޔަތް ބާވައިލެއްވުނުކަމުގައިވިއެވެ. والله أعلم.
Verse 128
لَيْسَ لَكَ مِنَ ٱلْأَمْرِ شَىْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَـٰلِمُونَ
Transliteration laysa laka mina l-amri shayon aw yatūba ʿalayhim aw yuʿadhibahum fa-innahum ẓālimūna
Dhivehi ކަލޭގެފާނަށް (ތިމަންރަސްކަލާނގެ خلق ތަކުންނާމެދު ތިމަންރަސްކަލާނގެ އެންގެވި حكم އެއް ހިންގާ تَنْفِيذ ކުރެއްވުންމެނުވީ.) އަޅުތަކުންނާބެހޭ ކަންކަމުގެ حكم އެއް ނުވެއެވެ. އެއީ އެމީހުންގެމައްޗަށް އެކަލާނގެ توبة ލައްވާދެންނެވެ. ނުވަތަ އެކަލާނގެ އެމީހުންނަށް عذاب ދެއްވާދެންނެވެ. ހަމަކަށަވަރުން އެމީހުންނީ އަނިޔާވެރި ބައެކެވެ.
Verse 129
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَٱللَّهُ غَفُورٌ رَّحِيمٌ
Transliteration walillahi mā fī l-samāwāti wamā fī l-arḍi yaghfiru liman yashāu wayuʿadhibu man yashāu wal-lahu ghafūrun raḥīmun
Dhivehi އަދި އުޑުތަކާއި ބިމުގައިވާނަމަ ވާހާއެއްޗެއް خاصّ ވެ مِلْكُ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ عذاب ދެއްވައެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 130
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوا۟ ٱلرِّبَوٰٓا۟ أَضْعَـٰفًا مُّضَـٰعَفَةً ۖ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
Transliteration yāayyuhā alladhīna āmanū lā takulū l-riba aḍʿāfan muḍāʿafatan wa-ittaqū l-laha laʿallakum tuf'liḥūna
Dhivehi އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ބައިބަޔަށް ގިނަވާގޮތަށް ގިނަކޮށްކޮށްގެން ކަލޭމެން ރިބާނުކާށެވެ. އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ. އެއީ ކަލޭމެންނަށް ކާމިޔާބުވުމަށްޓަކައެވެ.
Verse 131
وَٱتَّقُوا۟ ٱلنَّارَ ٱلَّتِىٓ أُعِدَّتْ لِلْكَـٰفِرِينَ
Transliteration wa-ittaqū l-nāra allatī uʿiddat lil'kāfirīna
Dhivehi އަދި ކާފަރުންނަށްޓަކައި ތައްޔާރުކުރެވިފައިވާ އަލިފާނަށް (ނަރަކައަށް) ކަލޭމެން ބިރުވެތިވާށެވެ! تقوى ވެރިވާށެވެ!
Verse 132
وَأَطِيعُوا۟ ٱللَّهَ وَٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ
Transliteration wa-aṭīʿū l-laha wal-rasūla laʿallakum tur'ḥamūna
Dhivehi އަދި ކަލޭމެން ﷲ އަށާއި رَسول އާއަށް ކިޔަމަންތެރިވާށެވެ! އެއީކަލޭމެންނަށް رحمة ލެއްވުމުގެ އެދުމުގައެވެ.
Verse 133
۞ وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَـٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ
Transliteration wasāriʿū ilā maghfiratin min rabbikum wajannatin ʿarḍuhā l-samāwātu wal-arḍu uʿiddat lil'muttaqīna
Dhivehi އަދި ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ން ފާފަފުއްސެވުމަށް އަވަސްވެގަންނާށެވެ! އަދި އެތާނގެ ފުޅާމިން (ނުވަތަ ތަނަވަސްކަން) އުޑުތަކާއި ބިންތަކުގެ ތަނަވަސްކަމާއި އެއްފަދަވެގެންވާ ސުވަރުގެއަށް (އަވަސް ވެގަންނާށެވެ!) އެތަން ތައްޔާރުކުރެވިގެންވަނީ تقوى ވެރިންނަށްޓަކައެވެ.
Verse 134
ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَـٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ
Transliteration alladhīna yunfiqūna fī l-sarāi wal-ḍarāi wal-kāẓimīna l-ghayẓa wal-ʿāfīna ʿani l-nāsi wal-lahu yuḥibbu l-muḥ'sinīna
Dhivehi އެ تقوى ވެރިންނަކީ ފަސޭހަމަކާއި އުނދަގުލުގައި (ނުވަތަ ތަނަވަސްކަމާއި فقير ކަމުގައިވެސް) ﷲ ގެ މަގުގައި ހޭދަކުރާމީހުންނެވެ. އަދި އެއީ ރުޅިވެރިކަން ކައިލާމީހުންނެވެ. އެބަހީ ކުޅަދާނަވެގެންވުމާއި އެކުވެސް ރުޅިވެރިކަން ހިފަހައްޓާމީހުންނެވެ. އަދި އެއީ މީސްތަކުންގެ ކިބައިން عفوء ކުރާމީހުންނެވެ. معاف ކުރާމީހުންނެވެ. އަދި إحسان ތެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
Verse 135
وَٱلَّذِينَ إِذَا فَعَلُوا۟ فَـٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ
Transliteration wa-alladhīna idhā faʿalū fāḥishatan aw ẓalamū anfusahum dhakarū l-laha fa-is'taghfarū lidhunūbihim waman yaghfiru l-dhunūba illā l-lahu walam yuṣirrū ʿalā mā faʿalū wahum yaʿlamūna
Dhivehi އަދި އެމީހުންނަކީ އެމީހުންނަށް فاحش ކަމެއްކުރެވިއްޖެއްޔާ ނުވަތަ އަމިއްލަ نفس އަށް އަނިޔާވެރިވެވިއްޖެއްޔާ ﷲ ހަނދާންކުރާމީހުންނެވެ. ﷲ އަށް ذِكر ކުރާމީހުންނެވެ. ދެން އެމީހުން އެމީހުންގެ ފާފަތައް ފުއްސެވުމަށް އެދިދަންނަވައެވެ. އަދި ﷲ މެނުވީ ފާފަފުއްސަވާނީ ދެން ކާކުހެއްޔެވެ؟ އަދި އެމީހުންނަކީ އެމީހުންނަށް އެނގިތިބޭ حال އެމީހުންނަށް އެކުރެވުނު ފާފައިގެމަތީ ދެމިނުތިބޭމީހުންނެވެ. (އަދި ކިއެއްހެއްޔެވެ؟ އަވަސް އަވަހަށް توبة ވެ ﷲ ގެ حضرة އަށް رجوع ވާ މީހުންނެވެ.)
Verse 136
أُو۟لَـٰٓئِكَ جَزَآؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَنِعْمَ أَجْرُ ٱلْعَـٰمِلِينَ
Transliteration ulāika jazāuhum maghfiratun min rabbihim wajannātun tajrī min taḥtihā l-anhāru khālidīna fīhā waniʿ'ma ajru l-ʿāmilīna
Dhivehi އެމީހުން ދަންނައެވެ. އެމީހުންގެ ޖަޒާއަކީ އެމީހުންގެ رَبّ ގެ حضرة ން އެމީހުންނަށް مغفرة އެވެ. ފާފަ ފުއްސެވުމެވެ. އަދި އެތަންތާނގެދަށުން އާރުތައް ދެމޭ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. އެމީހުން އެތާ ދެމިތިބޭ حال ގައެވެ. އަދި ހެޔޮ عمل ކުރިމީހުންގެ عمل ގެ جزاء އަދި އޭގެ ދަރުމަ ރަނގަޅުވެގެން ވެއެވެ.
Verse 137
قَدْ خَلَتْ مِن قَبْلِكُمْ سُنَنٌ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ
Transliteration qad khalat min qablikum sunanun fasīrū fī l-arḍi fa-unẓurū kayfa kāna ʿāqibatu l-mukadhibīna
Dhivehi (އޭ إيمان ވެއްޖެ މީސްތަކުންނޭވެ. / ނުވަތަ خاصّ ކޮށް محمّد ގެފާނުންގެ أصحاب ންނޭވެ.) ހަމަކަށަވަރުން ކަލޭމެންގެކުރިން مثال ތަކެއް ގޮތްތަކެއް އަދި ކަންތައްތަކެއް އިސްވެހިނގައްޖެއެވެ. (އެއީ އިސްވެދިޔަ أمّة ތަކާއި އެ أمّة ތަކަށް ފޮނުއްވުނު رَسُول ންނާއިމެދު ކަންތައް ހިނގާދިޔަގޮތާއި އަދި އޭގެ ނަތިޖާއެވެ. ތެދުވެރިންނަށް ކާމިޔާބުވެ ދޮގުވެރިން ހަލާކުވެދިޔައީއެވެ. އެއީ ﷲ ގެ سنّة އެވެ.) ފަހެ ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދާބަލާށެވެ. އަދި ދޮގުކުރާމީހުންގެ ފަހުކޮޅު - އެމީހުންގެ ނިމުން ވެގެން ދިޔައީ ކޮންފަދައަކުންކަން ނިކަން ދެކެބަލާށެވެ. عبرة ލިބިގަންނާށެވެ.
Verse 138
هَـٰذَا بَيَانٌ لِّلنَّاسِ وَهُدًى وَمَوْعِظَةٌ لِّلْمُتَّقِينَ
Transliteration hādhā bayānun lilnnāsi wahudan wamawʿiẓatun lil'muttaqīna
Dhivehi އިސްވެދިޔަ ވާހަކަތަކަކީ އެންމެހައި މީސްތަކުންނަށްވާ بيان އެކެވެ. (عبرة ގެ ފިލާވަޅުތަކެކެވެ.) އަދި އެއީ تقوى ވެރިންނަށްވާ ތެދުމަގާއި وعظ نصيحة އެކެވެ.
Verse 139
وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ
Transliteration walā tahinū walā taḥzanū wa-antumu l-aʿlawna in kuntum mu'minīna
Dhivehi އަދި ކަލޭމެން ބަލިކަށިވެ ދެރަބަޔަކަށް ނުވާށެވެ. އަދި ހިތާމަނުކުރާށެވެ. ކަލޭމެންނަކީ مؤمن ންކަމުގައި ވަންޏާ މަތީބަޔަކީ ކަލޭމެންނެވެ.
Verse 140
إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ ٱلْقَوْمَ قَرْحٌ مِّثْلُهُۥ ۚ وَتِلْكَ ٱلْأَيَّامُ نُدَاوِلُهَا بَيْنَ ٱلنَّاسِ وَلِيَعْلَمَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَتَّخِذَ مِنكُمْ شُهَدَآءَ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ
Transliteration in yamsaskum qarḥun faqad massa l-qawma qarḥun mith'luhu watil'ka l-ayāmu nudāwiluhā bayna l-nāsi waliyaʿlama l-lahu alladhīna āmanū wayattakhidha minkum shuhadāa wal-lahu lā yuḥibbu l-ẓālimīna
Dhivehi ކަލޭމެންނަށް زَخَمْ ވުމާއި ފާރުވުންތައް ވަމުންދާއިރު އެމީހުންނަށް - (يعني އެ مشرك ންނަށްވެސް) ހަމަ އެފަދައިން زَخَم ވުމާއި ފާރުވުން ލިބެމުންދެއެވެ. އަދި އެދުވަސްތަކަކީ (بَدْر ހަނގުރާމަ أحد ހަނގުރާމަފަދަ واقعة ތަކަކީ) މީސްތަކުންގެ މެދުގައި تكرار ވާގޮތަށް ތިމަންރަސްކަލާނގެ ލައްވާ ކަންކަމެވެ. (އެއްފަހަރު އެއްބަޔަކަށް ކާމިޔާބުވެ އަނެއްފަހަރު އަނެއްބަޔަކަށް ކާމިޔާބުވާގޮތަށް ލެއްވީމެވެ. އެންމެފަހުގެ ހެޔޮ ނަތީޖާ އޮންނާނީ مؤمن ންނަށެވެ.) އަދި އެއީ ކަލޭމެންކުރެ مؤمن ންނަކީ ކޮންބައެއްކަން ﷲ ދެނެވޮޑިގެންފައިވާކަން ހާމަކުރެއްވުމަށާއި އަދި ކަލޭމެންގެތެރެއިން އެކަލާނގެ شهيد ން ލެއްވުމަށްޓަކައެވެ. އަދި އަނިޔާވެރިންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ.
Verse 141
وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَمْحَقَ ٱلْكَـٰفِرِينَ
Transliteration waliyumaḥḥiṣa l-lahu alladhīna āmanū wayamḥaqa l-kāfirīna
Dhivehi އަދި އެއީ އީމާންވީ މީސްތަކުން إمتحان ކުރައްވައި އެމީހުންގެ ފާފަތަކުން ﷲ تعالى އެމީހުން طاهر ކުރައްވާ ސާފުކުރެއްވުމަށެވެ. އަދި ކާފަރުންގެ ހެޔޮ عمل ތައް އެކަލާނގެ އުނިކުރައްވާ باطل ކުރެއްވުމަށެވެ.
Verse 142
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَـٰهَدُوا۟ مِنكُمْ وَيَعْلَمَ ٱلصَّـٰبِرِينَ
Transliteration am ḥasib'tum an tadkhulū l-janata walammā yaʿlami l-lahu alladhīna jāhadū minkum wayaʿlama l-ṣābirīna
Dhivehi އަދި ކަލޭމެންކުރެ جهاد ކުރިމީހުން ﷲ تعالى ދެނެވޮޑިގެންވާކަން ފައުޅުނުކުރައްވަނީސް އަދި ކަލޭމެންކުރެ ކެތްތެރިން ﷲ ދެނެވޮޑިގެންވާކަން بيان ނުކުރައްވަނީސް ކަލޭމެން ސުވަރުގެ ވަނުމަށް ހީކުރަނީހެއްޔެވެ؟
Verse 143
وَلَقَدْ كُنتُمْ تَمَنَّوْنَ ٱلْمَوْتَ مِن قَبْلِ أَن تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنتُمْ تَنظُرُونَ
Transliteration walaqad kuntum tamannawna l-mawta min qabli an talqawhu faqad ra-aytumūhu wa-antum tanẓurūna
Dhivehi އަދި ހަމަކަށަވަރުން ހަނގުރާމަޔާ ބައްދަލުވުމުގެކުރިން މަރުވުމަށް (شهيد ވުމަށް) އެދޭބަޔަކު ކަމުގައި ކަލޭމެން ވީމުއެވެ. (بدر ހަނގުރާމައަށް ނުދެވުނު މީހުން ތިބީ ހަނގުރާމައެއް ދިމާވުމަށް އެދިއެދިކަމުގައި ބުނެވުނެވެ. އެއީ ހަނގުރާމަކޮށް شهيد ވުމަށެވެ.) ފަހެ ހަމަކަށަވަރުން ކަލޭމެންނަށް އެކަން ފެނުނެވެ. މީސްތަކުންގެތެރެއިން ބަޔަކުމީހުން شهيد ވެގެންދިޔައެވެ. އެއީ ކަލޭމެން ބަލަބަލާ ތިބި حال ގައެވެ. (އެއީ أحد ހަނގުރާމައިގެ ދުވަހުގައެވެ.)
Verse 144
وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ ۚ أَفَإِي۟ن مَّاتَ أَوْ قُتِلَ ٱنقَلَبْتُمْ عَلَىٰٓ أَعْقَـٰبِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ ٱللَّهَ شَيْـًٔا ۗ وَسَيَجْزِى ٱللَّهُ ٱلشَّـٰكِرِينَ
Transliteration wamā muḥammadun illā rasūlun qad khalat min qablihi l-rusulu afa-in māta aw qutila inqalabtum ʿalā aʿqābikum waman yanqalib ʿalā ʿaqibayhi falan yaḍurra l-laha shayan wasayajzī l-lahu l-shākirīna
Dhivehi އަދި محمّد (ﷺ) އަކީ رَسُول ބޭކަލަކު ކަމުގައި މެނުވީ ނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންވެސް رَسُول ބޭކަލުން އިސްވެގޮސްފައިވެއެވެ. އަޅެފަހެ އެކަލޭގެފާނު އަވަހާރަވުމުން ނުވަތަ قتل ވުމުން ކަލޭމެން ކަލޭމެންގެ ފުންނާބުތަކުގެމައްޗަށް ފުރޮޅިގަންނަންވީ ހެއްޔެވެ؟ (إسلام دين ދޫކޮށް مُرْتَدُّ ވާންވީހެއްޔެވެ؟) އަދި އެމީހަކު އެމީހަކުގެ ދެފުންނާބުމައްޗަށް ފުރޮޅިގަންނަމީހާ - އެބަހީ ދީން ދޫކޮށް مُرْتَدُّ ވާމީހާ (ދަންނައެވެ!) ފަހެ އެފަދަމީހާގެފަރާތުން ﷲ އަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުކުރެވޭނެއެވެ. (ވާހާ ގެއްލުމަކާއި އުނދަގުލެއް ވާނީ ހަމަ އެމީހަކަށެވެ.) އަދި شُكْرُ ވެރިންނަށް (ދީންމަތީ ثابِت ވެތިބި ކިޔަމަންތެރިންނަށް) ނިކަންހުރެ ﷲ تعالى ހެޔޮ جَزاء ދެއްވާހުއްޓެވެ.
Verse 145
وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ ٱللَّهِ كِتَـٰبًا مُّؤَجَّلًا ۗ وَمَن يُرِدْ ثَوَابَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَن يُرِدْ ثَوَابَ ٱلْـَٔاخِرَةِ نُؤْتِهِۦ مِنْهَا ۚ وَسَنَجْزِى ٱلشَّـٰكِرِينَ
Transliteration wamā kāna linafsin an tamūta illā bi-idh'ni l-lahi kitāban mu-ajjalan waman yurid thawāba l-dun'yā nu'tihi min'hā waman yurid thawāba l-ākhirati nu'tihi min'hā wasanajzī l-shākirīna
Dhivehi އަދި އެއްވެސް نفس އެއް ﷲ ގެ إذن ފުޅަށް މެނުވީ މަރުނުވާނެއެވެ. (މަރުވުމަކީ އޮތްކަމެއް ނޫނެވެ.) އެއީ ކޮންމެ نفس އަކަށްވެސް ﷲ އަޖަލުތައް ލިއުއްވާފައިވާ ފޮތުގައިވާގޮތެވެ. އަދި ދުނިޔޭގެ ބޭނުންތަކާއި ތަކެތި އެދޭމީހާއަށް ތިމަންރަސްކަލާނގެ އެދުނިޔެއިން އޭނާއަށް ދެއްވާހުށީމެވެ. އަދި آخرة ގެ ދަރުމަޔާ ثواب އެދޭމީހާއަށް ތިމަންރަސްކަލާނގެ އެތަނުގެ ދަރުމަޔާއި ثواب ދެއްވާހުށީމެވެ. އަދި ނިކަންހުރެ ތިމަންރަސްކަލާނގެއަށް شكر ކުރާމީހުންނަށް جَزاء ދެއްވާހުށީމެވެ. (ހެޔޮދަރުމަޔާ ޖަޒާދެއްވާހުށީމެވެ.)
Verse 146
وَكَأَيِّن مِّن نَّبِىٍّ قَـٰتَلَ مَعَهُۥ رِبِّيُّونَ كَثِيرٌ فَمَا وَهَنُوا۟ لِمَآ أَصَابَهُمْ فِى سَبِيلِ ٱللَّهِ وَمَا ضَعُفُوا۟ وَمَا ٱسْتَكَانُوا۟ ۗ وَٱللَّهُ يُحِبُّ ٱلصَّـٰبِرِينَ
Transliteration waka-ayyin min nabiyyin qātala maʿahu ribbiyyūna kathīrun famā wahanū limā aṣābahum fī sabīli l-lahi wamā ḍaʿufū wamā is'takānū wal-lahu yuḥibbu l-ṣābirīna
Dhivehi އަދި އެބޭކަލުންނާއިއެކު علم ވެރި تقوى ވެރި އަޅުވެރިން ހަނގުރާމަކުރި ކިތައްކިތައް نبيُّ ންވޭހެއްޔެވެ؟ އަދި ﷲ ގެމަގުގައި އެބޭކަލުންނަށް އެދިމާވިކަންކަމުން (ވީ زَخَم އާއި އެޅި ވޭނުން) އެބޭކަލުން ދެރަވެ ބަލިކަށި ނުވެއެވެ. އަދި އެބޭކަލުން ضعِيْفُ ވެ عَدُوُّ ންނަށް ބޯލަނބައި ذليل ނުވެއެވެ. (ފުކެއްވެސް ހިތްވަރުން ދެރަނުވެއެވެ. ކެތްތެރިވެވަޑައިގެން ثابت ކަންމަތީ ތިއްބެވީއެވެ.) އަދިކެތްތެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
Verse 147
وَمَا كَانَ قَوْلَهُمْ إِلَّآ أَن قَالُوا۟ رَبَّنَا ٱغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِىٓ أَمْرِنَا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ
Transliteration wamā kāna qawlahum illā an qālū rabbanā igh'fir lanā dhunūbanā wa-is'rāfanā fī amrinā wathabbit aqdāmanā wa-unṣur'nā ʿalā l-qawmi l-kāfirīna
Dhivehi އަދި އެބޭކަލުންގެ - އެބަހީ رَبّانِىُّ ންގެ - يعني نبي ބޭކަލުންގެ އަރިހުގައި ހަނގުރާމަކުރެއްވި عِلْمُ ވެރި تقوى ވެރި އަޅުވެރިންގެ ބަސްފުޅުގައި އެބޭކަލުން މިފަދައިން ދެންނެވުން މެނުވީ ނުވެއެވެ. އެބޭކަލުން ދެންނެވިއެވެ. އޭއަޅަމެންގެ رَبّ އެވެ! އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވައިދެއްވާނދޭވެ! އަޅަމެންގެ ކަންތަކުގައި އަޅަމެން ކުރި އިސްރާފާއި (އެބަހީ އަޅަމެންގެ ކުދި ބޮޑެތި ފާފަތައް) ވެސް ފުއްސަވާ ދެއްވާނދޭވެ! އަދި އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި ކާފަރު މީސްތަކުންގެމައްޗަށް އަޅަމެނަށް نصر ދެއްވާނދޭވެ!
Verse 148
فَـَٔاتَىٰهُمُ ٱللَّهُ ثَوَابَ ٱلدُّنْيَا وَحُسْنَ ثَوَابِ ٱلْـَٔاخِرَةِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ
Transliteration faātāhumu l-lahu thawāba l-dun'yā waḥus'na thawābi l-ākhirati wal-lahu yuḥibbu l-muḥ'sinīna
Dhivehi ދެންފަހެ ﷲ تعالى އެބޭކަލުންނަށް ދުނިޔޭގެ ސަވާބު ދެއްވައިފިއެވެ. (عَدُوُّ ންގެމައްޗަށް نصر އާއި ކާމިޔާބު ދެއްވައިފިއެވެ.) އަދި آخرة ގެ ދަރުމަ މާ ރަނގަޅުވެގެންވެއެވެ. އަދި إحسان ތެރިންނަށް ﷲ ލޯބިވެ ވޮޑިގަންނަވައެވެ.
Verse 149
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ ٱلَّذِينَ كَفَرُوا۟ يَرُدُّوكُمْ عَلَىٰٓ أَعْقَـٰبِكُمْ فَتَنقَلِبُوا۟ خَـٰسِرِينَ
Transliteration yāayyuhā alladhīna āmanū in tuṭīʿū alladhīna kafarū yaruddūkum ʿalā aʿqābikum fatanqalibū khāsirīna
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ކާފަރުންނަށް ކިޔަމަންތެރިވެއްޖެއްޔާ އެމީހުން ކަލޭމެންގެ ފުންނާބުތަކުގެ މައްޗަށް ކަލޭމެން އަނބުރާ ގެންދާނެއެވެ. (އެބަހީ އަލުންވެސް ކަލޭމެން ކާފަރުކަމުގެ ތެރެއަށް ގެންދާނެއެވެ.) ދެން އޭރުން ކަލޭމެން އެނބުރިދާނީ ގެއްލިހަލާކުވެގެންވާ ބަޔަކުގެ ގޮތުގައެވެ.
Verse 150
بَلِ ٱللَّهُ مَوْلَىٰكُمْ ۖ وَهُوَ خَيْرُ ٱلنَّـٰصِرِينَ
Transliteration bali l-lahu mawlākum wahuwa khayru l-nāṣirīna
Dhivehi އަދި ކިއެއްހެއްޔެވެ؟ ކަލޭމެންގެ ސަހަރޯވެރިއަކީ ހަމަ ﷲ އެވެ. އެކަލާނގެއީ نصر ދެއްވުމުގައި އެންމެހެޔޮވެގެންވާ ކަލާނގެއެވެ.
Verse 151
سَنُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ بِمَآ أَشْرَكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًا ۖ وَمَأْوَىٰهُمُ ٱلنَّارُ ۚ وَبِئْسَ مَثْوَى ٱلظَّـٰلِمِينَ
Transliteration sanul'qī fī qulūbi alladhīna kafarū l-ruʿ'ba bimā ashrakū bil-lahi mā lam yunazzil bihi sul'ṭānan wamawāhumu l-nāru wabi'sa mathwā l-ẓālimīna
Dhivehi އަދި ކާފަރުވީމީސްތަކުން އެމީހުން ﷲ އާއި ބައިވެރިކޮށް شريك ކުރުން ހުއްދަވާނެކަމުގެ އެއްވެސް حجّة އެއް دليل އެއްނެތް ތަކެއްޗާއި شريك ކުރިކަމުގެ ސަބަބުން - ﷲ އާއި ބައިވެރިކޮށް ހަމަހަމަކުރިކަމުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވާހުށީމެވެ. އަދި قيامة ދުވަހުން އެމީހުންގެ ޖާގަޔަކީ ނަރަކައެވެ. އަދި އަނިޔާވެރިން ގޮސްތިބޭ ޖާގައިގެ ހުރި ނުބައިކަމާއެވެ!
Verse 152
وَلَقَدْ صَدَقَكُمُ ٱللَّهُ وَعْدَهُۥٓ إِذْ تَحُسُّونَهُم بِإِذْنِهِۦ ۖ حَتَّىٰٓ إِذَا فَشِلْتُمْ وَتَنَـٰزَعْتُمْ فِى ٱلْأَمْرِ وَعَصَيْتُم مِّنۢ بَعْدِ مَآ أَرَىٰكُم مَّا تُحِبُّونَ ۚ مِنكُم مَّن يُرِيدُ ٱلدُّنْيَا وَمِنكُم مَّن يُرِيدُ ٱلْـَٔاخِرَةَ ۚ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ ۖ وَلَقَدْ عَفَا عَنكُمْ ۗ وَٱللَّهُ ذُو فَضْلٍ عَلَى ٱلْمُؤْمِنِينَ
Transliteration walaqad ṣadaqakumu l-lahu waʿdahu idh taḥussūnahum bi-idh'nihi ḥattā idhā fashil'tum watanāzaʿtum fī l-amri waʿaṣaytum min baʿdi mā arākum mā tuḥibbūna minkum man yurīdu l-dun'yā waminkum man yurīdu l-ākhirata thumma ṣarafakum ʿanhum liyabtaliyakum walaqad ʿafā ʿankum wal-lahu dhū faḍlin ʿalā l-mu'minīna
Dhivehi ދަންނައެވެ. މިއާޔަތްތަކުގައި بيان ވެގެންމިދަނީ أُحُدُ ހަނގުރާމައިގެ ދުވަހު އެ ميدان ގައި مؤمن ން ކުރިން މޮޅުވެ ކާމިޔާބުވުމަށްފަހު رَسُول ﷲ ﷺ ގެ އަމުރުފުޅާ ބައެއް مؤمن ން خلاف ވުމުގެ ސަބަބުން مؤمن ންނަށް ލިބުނު ދެރަކަމާއި ހިތާމައިގެ ވާހަކައިގެ إجمالى ވާހަކަކޮޅެކެވެ. މިޒަމާނުގައި މިއުޅޭ مؤمن ންވެސް ހަނދާންކުރަންވީ ކަމަކީ رَسُول ﷲ ﷺ ގެ أمر ފުޅާ އެއްކަމެއްގައިވެސް خلاف ވެއްޖެއްޔާ ގެއްލުމާ ހިތާމަޔާ މޮޅި ނުލިބިނުދާނެކަމެވެ. އެއީ ޝައްކެއްހުރި ކަމެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ تعالى ކަލޭމެންގެމައްޗަށް އެކަލާނގެ ކުރެއްވި وعد ފުޅު ތެދުކުރެއްވިއެވެ. (އެ وعد ފުޅަކީ رَسُول ﷲ ﷺ ގެ ދޫފުޅުން ކުރައްވާފައިވާ وعد ފުޅެކެވެ. ދުނިވެރިންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. "ކަލޭމެން ކަލޭމެންގެ مكان ގައި ثابت ވެތިބޭށެވެ! އަހުރެމެން ދެރަވީ ކަމުގައި ކަލޭމެނަށް ފެނުނަސް ކަލޭމެން ތިޔަތާ ސާބިތުވެތިބިހާހިނދަކު އަހުރެމެންނަކީ ގަދަމީހުންނެވެ." މިއެވެ. މި وعد ފުޅު އެކަލާނގެ ތެދުކޮށް ދެއްވިއެވެ.)\nއެއީ ﷲ ގެ އިޒުނަފުޅަށް ކަލޭމެން مؤمن ންގެ އަތްތަކުން އެމީހުން މަރަމުންދިޔަހިނދުގައެވެ. ކަލޭމެން ފިނޑިވެ ދެރަވެއްޖައުމަށްދާންދެނެވެ. އަދި ﷲ ގެ އަމުރުފުޅާމެދު ކަލޭމެން خلاف ވެ އަދި ކަލޭމެންގެ نبي އާގެ أمرފުޅަށް އުރެދިއްޖައުމަށްދާންދެނެވެ. (ދުނިއުކަން ތިބިމީހުން أمر ފުޅާ خلاف ވެ އެތަން ދޫކޮށްލައްވާދެން إسلام ންގެ لشكر ދިޔައީ ކާމިޔާބުވެ نصر ވެރިވަމުންނެވެ. އެމީހުން އެތަން ދޫކޮށްލައްވާ ހަމަ ދިއުމުން ދެން ހުރިހާ ނާކާމިޔާބަކާއި ދިމާވީއެވެ. ميدان ގަރަބުވެ رَسول އާ އަވަހާރަވީކަމަށްވެސް ކާފަރުން ގޮވައިލީއެވެ. އޭގެސަބަބުން مؤمن ންގެ ހިތްތައް ކަތިވެގެންދިޔައީ ކަނޑީން ކަތިވާވަރަށްވުރެ މާބޮޑަށެވެ.) މިކަންކަން މިހެން ދިމާވީ ކަލޭމެން އެދޭ ކަންތައް ކަލޭމެނަށް ފެނުމަށް ފަހުގައެވެ. (އެއީ نصر އާއި ކާމިޔާބެވެ. ކަލޭމެންގެތެރޭގައި ތިބީ ދުނިޔެ އެދޭމީހުންނާއި އަދި آخرة އެދޭމީހުންނެވެ. (ދުނިޔެ އެދޭމީހުންނަކީ غنيمة މުދަލާއި ދިމާއަށް ދެވުނުމީހުންނެވެ. آخرة އެދުނުމީހުންނަކީ ދުނިއުކުމުގައި ثابت ވެތިބިމީހުންނެވެ.) ދެން އެކަލާނގެ އެމީހުން ފިޔަވައި (އެމީހުންނާދުރަށް) ކަލޭމެން އަނބުރުއްވައި ލެއްވިއެވެ. އެއީ ކަލޭމެން إمتحان ކުރެއްވުމަށެވެ. (رَسول އާގެ أمر ފުޅާއި خلاف ވުމުގެ ދެރަކަން ދެއްކެވުމަށެވެ.) އަދި ހަމަކަށަވަރުން އެކަލާނގެ ކަލޭމެންގެ ކިބައިން އެކަން عفو ކުރެއްވިއެވެ. (އެބަހީ ގެއްލުންތަކެއް މުޅި لشكر އަށް ލިބުމަށްފަހުވެސް އަލުންވެސް لشكر ގެ ކަންތައް ހަމައަކަށް އަޅުއްވައިދެއްވައިފިއެވެ. އެއީ އެކަލާނގެ عفو ކުރެއްވުމުގެ ނަތީޖާއެވެ. އެވަގުތުކޮޅުގެތެރޭގައި ހަތްދިހަ ބޭކަލުން شهيد ވެ رَسُول ﷲ ﷺ زَخَم ވެވަޑައިގެންފައިވެއެވެ.) އަދި ﷲ އީ مؤمن ންގެ މައްޗަށް ނުހަނު އޯގާވަންތަ ކަމުގެ ވެރި ކަލާނގެއެވެ.
Verse 153
۞ إِذْ تُصْعِدُونَ وَلَا تَلْوُۥنَ عَلَىٰٓ أَحَدٍ وَٱلرَّسُولُ يَدْعُوكُمْ فِىٓ أُخْرَىٰكُمْ فَأَثَـٰبَكُمْ غَمًّۢا بِغَمٍّ لِّكَيْلَا تَحْزَنُوا۟ عَلَىٰ مَا فَاتَكُمْ وَلَا مَآ أَصَـٰبَكُمْ ۗ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ
Transliteration idh tuṣ'ʿidūna walā talwūna ʿalā aḥadin wal-rasūlu yadʿūkum fī ukh'rākum fa-athābakum ghamman bighammin likaylā taḥzanū ʿalā mā fātakum walā mā aṣābakum wal-lahu khabīrun bimā taʿmalūna
Dhivehi ކަލޭމެން مؤمن ން (مشرك ންގެ حملة ތަކުން ރައްކާތެރިވެގަތުމަށް) ފަރުބަދަމައްޗަށް އަރަން ދުއްވައިގަތްހިނދު ނުވަތަ ميدان ގެ ހުސްތާނގެ ވެލިގަނޑުމަތީ ދުއްވައިގަތްހިނދު (ހަނދުމަފުޅު ކުރައްވާށެވެ!) ކަލޭމެން ހަމައެކަކަށްވެސް އެނބުރި ފަހަތް ބައްލަވައިނުލައި ދިޔަހިނދު رَسُول އާ އަނެއް ފަރާތުގައި އަނެއް جماعة ގައި ހުންނަވައިގެން ކަލޭމެނަށް ގޮވާލައްވަނީއެވެ. (إِلَيَّ عِبَادَ ﷲ - ﷲ ގެ އަޅުތަކުންނޭ ތިމަންކަލޭގެފާނު އަރިހަށް އަންނާށޭ - މިފަދައިން ގޮވާލައްވަނީއެވެ. އަދި ކަލޭމެން ކަލޭމެންގެ نبي އާ ދޫކޮށްފާދިޔަކަމުގެ جزاء އެއްގެގޮތުން) ކަލޭމެންނަށް ހިތާމަޔާ މޮޅިވެރިކަން މަތިމައްޗަށް އެކަލާނގެ ޖެއްސެވިއެވެ. އެއީ ވޭތިވެދިޔަތަނާމެދު ދެން ކަލޭމެން ހިތާމަނުކުރުމަށެވެ. އަދި ކަލޭމެނަށް ޖެހުނުކަންތަކުގެމައްޗަށްވެސް ހިތާމަ ނުކުރުމަށެވެ. އަދި ﷲ އީ ކަލޭމެންކުރާ ކަންތައްތަކުގެ خبر ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 154
ثُمَّ أَنزَلَ عَلَيْكُم مِّنۢ بَعْدِ ٱلْغَمِّ أَمَنَةً نُّعَاسًا يَغْشَىٰ طَآئِفَةً مِّنكُمْ ۖ وَطَآئِفَةٌ قَدْ أَهَمَّتْهُمْ أَنفُسُهُمْ يَظُنُّونَ بِٱللَّهِ غَيْرَ ٱلْحَقِّ ظَنَّ ٱلْجَـٰهِلِيَّةِ ۖ يَقُولُونَ هَل لَّنَا مِنَ ٱلْأَمْرِ مِن شَىْءٍ ۗ قُلْ إِنَّ ٱلْأَمْرَ كُلَّهُۥ لِلَّهِ ۗ يُخْفُونَ فِىٓ أَنفُسِهِم مَّا لَا يُبْدُونَ لَكَ ۖ يَقُولُونَ لَوْ كَانَ لَنَا مِنَ ٱلْأَمْرِ شَىْءٌ مَّا قُتِلْنَا هَـٰهُنَا ۗ قُل لَّوْ كُنتُمْ فِى بُيُوتِكُمْ لَبَرَزَ ٱلَّذِينَ كُتِبَ عَلَيْهِمُ ٱلْقَتْلُ إِلَىٰ مَضَاجِعِهِمْ ۖ وَلِيَبْتَلِىَ ٱللَّهُ مَا فِى صُدُورِكُمْ وَلِيُمَحِّصَ مَا فِى قُلُوبِكُمْ ۗ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ
Transliteration thumma anzala ʿalaykum min baʿdi l-ghami amanatan nuʿāsan yaghshā ṭāifatan minkum waṭāifatun qad ahammathum anfusuhum yaẓunnūna bil-lahi ghayra l-ḥaqi ẓanna l-jāhiliyati yaqūlūna hal lanā mina l-amri min shayin qul inna l-amra kullahu lillahi yukh'fūna fī anfusihim mā lā yub'dūna laka yaqūlūna law kāna lanā mina l-amri shayon mā qutil'nā hāhunā qul law kuntum fī buyūtikum labaraza alladhīna kutiba ʿalayhimu l-qatlu ilā maḍājiʿihim waliyabtaliya l-lahu mā fī ṣudūrikum waliyumaḥḥiṣa mā fī qulūbikum wal-lahu ʿalīmun bidhāti l-ṣudūri
Dhivehi ދެން ހިތާމަޔާ މޮޅިޔަށްފަހު ކަލޭމެންގެމައްޗަށް އެކަލާނގެ އަމާންކަން ބާވައިލެއްވިއެވެ. އެ އަމާންކަމަކީ ނިދިޖެހުމެކެވެ. ކަލޭމެންގެތެރެއިން އެއްބަޔަކު އެނިދީގައި ނިވައިވިއެވެ. (އެއީ إخلاص ތެރި مؤمن ންނެވެ. أبوطلحة ކިޔާ ބޭކަލަކު ވިދާޅުވިއެވެ. އެދުވަހު ނިދީގެ ނިވައިކަން ޖެހުނުމީހުންގެތެރޭގައި އަހުރެންވީމުއެވެ. އަހުރެންގެ އަތުން ކަނޑި ދޫވެގެން ވެއްޓުނެވެ. އަދި ކަނޑި ނެގުމުން އަލުންވެސް ވެއްޓުނެވެ. ދެންވެސް ނެގީއެވެ....... = تفسيرا طبري = )\nއަނެއް جماعة އެއްވެއެވެ. އެއީ لشكر ގައިވާ مُنافق ންކަމުގައިވެއެވެ. އެމީހުންނަކަށް ނިންޖެއް ނާދެއެވެ. އެއީ ބިރުންކަމުގައިވިއެވެ. ބިރުން ހުންނަ މީހާ ނިދި ނާންނާނެއެވެ. - އެމީހުންނަށް مُهِمُّ ކަމަކަށް ވެފައިވަނީ ހަމައެކަނި އެމީހުންގެ نفس دفاع ކުރުމެވެ. އަދި އެމީހުން ﷲ އާއި މެދު ހީކުރަނީ حقّ ނޫން ހީއެވެ. (ﷲ حقّ އަށް نصر ނުދެއްވާނެކަމަށެވެ. رَسُول ﷲ ﷺ އާއި مؤمن ން އެކީއެކަށް ހަލާކުވެދާނެކަމުގައެވެ.) އެއީ جاهلية ޒަމާނުގެ ހީކުރުމެކެވެ. އަދި އެމީހުން ބުނެއެވެ. އަހުރެމެންނަކަށް ކަންތަކުގެ އެއްވެސް إختيار އެއް ނުވެއެވެ. (އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ!) ހަމަކަށަވަރުން ހުރިހާކަމެއްވަނީ ﷲ އަށެވެ. އަދި އެމީހުން އެމީހުންގެ نفس ތަކުގައި ކަލޭގެފާނަށް ފާޅުނުކުރާ ކަންތައް ވަންހަނާކުރަނީއެވެ. އެއީ ކާފަރުކަމާއި ޝައްކެވެ. އަދި އެމީހުން ބުނަނީއެވެ. އަހުރެމެންނަށް މިކަމުގައި އެއްވެސް إختيار އެއްވީނަމަ މިތާ އަހުރެމެން (އަހުރެމެންގެތެރެއިން މަރުވިމީހުން) މަރުވެގެންނުދިޔައީއެވެ. - ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކަލޭމެންގެ ގެތަކުގައި (ހަނގުރާމަޔަށް ނުނުކުމެ) ތިބިނަމަވެސް އެމީހެއްގެ މައްޗަށް މަރުވުން ނިޔާކުރެވިފައިވާ މީހެއްނަމަ އެމީހަކު މަރުވާންވީތަނަށް ނުކުމެ ހަމަޖެހޭނެއެވެ. އަދި އެއީ ކަލޭމެންގެ ހިތްތަކުގައިވާ نفاق ކަމުގެ ޝައްކު إمتحان ކޮށްލުމަށެވެ. އަދި ކަލޭމެންގެ ހިތްތަކުގައިވާ ޝައްކާއި وَهْمُ ގެ ތަކެތި ފިލުވާ طاهر ކުރުމަށެވެ. އަދި ﷲ އީ ހިތްތަކުގައިވާ ކަންތައްތަކާއި ތަކެތި ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 155
إِنَّ ٱلَّذِينَ تَوَلَّوْا۟ مِنكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ إِنَّمَا ٱسْتَزَلَّهُمُ ٱلشَّيْطَـٰنُ بِبَعْضِ مَا كَسَبُوا۟ ۖ وَلَقَدْ عَفَا ٱللَّهُ عَنْهُمْ ۗ إِنَّ ٱللَّهَ غَفُورٌ حَلِيمٌ
Transliteration inna alladhīna tawallaw minkum yawma l-taqā l-jamʿāni innamā is'tazallahumu l-shayṭānu bibaʿḍi mā kasabū walaqad ʿafā l-lahu ʿanhum inna l-laha ghafūrun ḥalīmun
Dhivehi ހަމަކަށަވަރުން ދެلشكر ބައްދަލުވި أحد ހަނގުރާމައިގެދުވަހު ކަލޭމެންކުރެ ميدان ން ފުރަގަސްދިންމީހުން (ދަންނައެވެ!) އެއީ އެމީހުންނަށް ކުރެވިފައިވާ ބައެއް ފާފައިގެ ސަބަބުން شيطان އާ އެމީހުން ދެރަކޮށް ކުށުގެތެރެއަށް ވައްޓައިލިމީހުންނެވެ. އަދި ހަމަކަށަވަރުން ﷲ تعالى އެމީހުންނަށް عفو ކޮށްދެއްވައިފިއެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ކުއްލިއަކަށް عقوبة ނުދެއްވާ ކޯފާމަޑު ކަލާނގެއެވެ.
Verse 156
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ كَفَرُوا۟ وَقَالُوا۟ لِإِخْوَٰنِهِمْ إِذَا ضَرَبُوا۟ فِى ٱلْأَرْضِ أَوْ كَانُوا۟ غُزًّى لَّوْ كَانُوا۟ عِندَنَا مَا مَاتُوا۟ وَمَا قُتِلُوا۟ لِيَجْعَلَ ٱللَّهُ ذَٰلِكَ حَسْرَةً فِى قُلُوبِهِمْ ۗ وَٱللَّهُ يُحْىِۦ وَيُمِيتُ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
Transliteration yāayyuhā alladhīna āmanū lā takūnū ka-alladhīna kafarū waqālū li-ikh'wānihim idhā ḍarabū fī l-arḍi aw kānū ghuzzan law kānū ʿindanā mā mātū wamā qutilū liyajʿala l-lahu dhālika ḥasratan fī qulūbihim wal-lahu yuḥ'yī wayumītu wal-lahu bimā taʿmalūna baṣīrun
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ކާފަރުންފަދައިން ނުވާށެވެ! އަދި އެމީހުން އެމީހުންގެ أخ ންނާމެދު އެ أخ ން ވިޔަފާރިކުރުންފަދަކަމަކު ދަތުރަކު ދަންޏާ ނުވަތަ ހަނގުރާމަ ދަތުރަކު ދަންޏާ "އެމީހުންވެސް ދަތުރު ނުކޮށް އަހުރެމެން ގާތުތިބިނަމަ މަރުނުވީހެވެ. އަދި قتل ވެސް ނުވީހެވެ." މިފަދައިން އެމީހުންގެ أخ ންނަށް ބުނިމީހުންފަދައިން ނުވާށެވެ! އެމީހުން އެބަސް އެބުނަނީ ﷲ تعالى އެމީހުން އެބުނި ބުނުން އެމީހުންގެ ހިތްތަކުގައި ހިތާމަޔަކަށް ލެއްވުމަށެވެ. (އެމީހުން އެހެން އެބުނަނީ އެމީހުންގެ އީމާންކަން ދެރަކަމުންނެވެ. އެހެންނޫންނަމަ އެންމެހައި ކަމަކީ ﷲ ގެ ބާރުގެދަށުން ހިނގާކަންތައްކަން އެމީހުން ދަންނަންވާނެއެވެ.)\nއަދި ﷲ تعالى އީ ތަކެތި ދިރުއްވާ އަދިމަރުއްވާ ކަލާނގެއެވެ. އަދި ކަލޭމެންކުރާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.
Verse 157
وَلَئِن قُتِلْتُمْ فِى سَبِيلِ ٱللَّهِ أَوْ مُتُّمْ لَمَغْفِرَةٌ مِّنَ ٱللَّهِ وَرَحْمَةٌ خَيْرٌ مِّمَّا يَجْمَعُونَ
Transliteration wala-in qutil'tum fī sabīli l-lahi aw muttum lamaghfiratun mina l-lahi waraḥmatun khayrun mimmā yajmaʿūna
Dhivehi އަދި ކަލޭމެން (މުއުމިނުން) ﷲ ގެމަގުގައި قتل ވީނަމަވެސް ނުވަތަ މަރުވިނަމަވެސް ހަމަކަށަވަރުން ކަލޭމެނަށް ﷲ ގެ حضرة ން ކަނޑައެޅިގެން އެވާ ފާފަފުއްސެވުމާއި އަދި رحمة އެމީހުން އެޖަމާކުރާ ދުނިޔޭގެ ސާމާނަށްވުރެ މާހެޔޮވެގެންވެއެވެ.
Verse 158
وَلَئِن مُّتُّمْ أَوْ قُتِلْتُمْ لَإِلَى ٱللَّهِ تُحْشَرُونَ
Transliteration wala-in muttum aw qutil'tum la-ilā l-lahi tuḥ'sharūna
Dhivehi އަދި ކަލޭމެން މަރުވިނަމަވެސް އަދި ނުވަތަ قتل ވީނަމަވެސް ކަނޑައެޅިގެން ކަލޭމެން ﷲ ގެ حضرة އަށް محشر ކުރެވޭނެއެވެ. އެއްކުރެއްވޭނެއެވެ. (އަދި އެއްކުރެވޭނީ ހަމައެކަލާނގެ حضرة އަށެވެ.)
Verse 159
فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ
Transliteration fabimā raḥmatin mina l-lahi linta lahum walaw kunta faẓẓan ghalīẓa l-qalbi la-infaḍḍū min ḥawlika fa-uʿ'fu ʿanhum wa-is'taghfir lahum washāwir'hum fī l-amri fa-idhā ʿazamta fatawakkal ʿalā l-lahi inna l-laha yuḥibbu l-mutawakilīna
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު މީސްތަކުންނަށް އޯގާވެރިވެ މަޑުމައިތިރި ބޭކަލަކުކަމުގައިވީ ހަމަ ﷲ ގެ رحمة ންނެވެ. އަދި ކަލޭގެފާނަކީ ހަރުކަށި ކުރަކި އަދި ހިތްގަދަ ބޭކަލަކުކަމުގައި ވެވަޑައިގެންނެވިނަމަ ކަލޭގެފާނުންގެ ވަށައިގެން މީސްތަކުން ދުރަށް ހިނގައްޖައީހެވެ. ފަހެ ކަލޭގެފާނު އެމީހުނަށް عفو ކުރައްވާށެވެ! އަދި އެމީހުންގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! އަދި އެކިއެކި ކަންކަމުގައި ކަލޭގެފާނު އެމީހުނާ مشورة ކުރައްވާށެވެ! (އަދި އެމީހުންގެ ވާހަކަ ކަލޭގެފާނު އައްސަވާކަން ކަލޭގެފާނު އެމީހުންނަށް ދައްކަވާށެވެ! އަދި އެމީހުންގެ ފަރާތުން އެހީ ބޭނުންފުޅުކުރައްވާށެވެ!) އަދި ކަލޭގެފާނު ކަމެއްކުރައްވަން عزم ކުރައްވާ ކަނޑައަޅުއްވައިފިއްޔާ ފަހެ ﷲ އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން وكيل ކުރާ މީހުންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
Verse 160
إِن يَنصُرْكُمُ ٱللَّهُ فَلَا غَالِبَ لَكُمْ ۖ وَإِن يَخْذُلْكُمْ فَمَن ذَا ٱلَّذِى يَنصُرُكُم مِّنۢ بَعْدِهِۦ ۗ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
Transliteration in yanṣur'kumu l-lahu falā ghāliba lakum wa-in yakhdhul'kum faman dhā alladhī yanṣurukum min baʿdihi waʿalā l-lahi falyatawakkali l-mu'minūna
Dhivehi ﷲ ކަލޭމެނަށް نصر ދެއްވަންޏާ ފަހެ ކަލޭމެންގެމައްޗަށް ގަދަވާނެ އެހެން ބަޔަކު ނުވެއެވެ. އަދި އެކަލާނގެ ކަލޭމެން ދެރަކުރައްވާ އަދި އެހީވެވޮޑި ނުގަންނަވަންޏާ އެކަލާނގެއަށްފަހު ދެން ކަލޭމެނަށް نصر ދޭނީ ކާކުހެއްޔެވެ؟ (نصر ދޭނޭ މީހަކު ނުވާނެއެވެ.) އަދި ހަމައެކަނި مؤمن ން ﷲ އަށް وكيل ކުރާހުށިކަމެވެ!
Verse 161
وَمَا كَانَ لِنَبِىٍّ أَن يَغُلَّ ۚ وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ ٱلْقِيَـٰمَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ
Transliteration wamā kāna linabiyyin an yaghulla waman yaghlul yati bimā ghalla yawma l-qiyāmati thumma tuwaffā kullu nafsin mā kasabat wahum lā yuẓ'lamūna
Dhivehi އަދި غنيمة މުދާ قواعد ން ނުބަހަނިސް އެއިން އެއްވެސް އެއްޗެއް ބޭނުންކުރުމަކީ އެއްވެސް نبي އަކަށް ހުއްދަކަމެއްނޫނެވެ. އަދި ނު قواعد ން އެއިން އެއްޗެއް ބޭނުންކޮށްފިމީހާ (ދަންނައެވެ!) قيامة ދުވަހުން އެމީހަކު އަންނަހުށީ އެއެއްޗަކާއިގެންނެވެ. (އެމީހެއްގެ ކަރުގައި އެއްޗެއް ބަނދެވިފައިވާނެއެވެ. އެމީހާ އެއިން ސަލާމަތްވާން އެދޭނެއެވެ. އެކަމަކު ސަލާމަތް ނުވެވޭނެއެވެ.) ދެން ކޮންމެ نفس އަކަށްމެ އެ نفس އެއް ކުރިކަމެއްގެ جزاء ފުރިހަމަ ކުރެވޭނެއެވެ. އަދި އެމީހުންނަށް އިތުރު އަނިޔާ ނުލިބެވޭނެއެވެ.
Verse 162
أَفَمَنِ ٱتَّبَعَ رِضْوَٰنَ ٱللَّهِ كَمَنۢ بَآءَ بِسَخَطٍ مِّنَ ٱللَّهِ وَمَأْوَىٰهُ جَهَنَّمُ ۚ وَبِئْسَ ٱلْمَصِيرُ
Transliteration afamani ittabaʿa riḍ'wāna l-lahi kaman bāa bisakhaṭin mina l-lahi wamawāhu jahannamu wabi'sa l-maṣīru
Dhivehi އަޅެފަހެ ﷲ ގެ ރުއްސެވުމާ تبع ވީމީހާޔާއި ﷲ ގެ حضرة ން ކޯފާޔާއިގެން އެނބުރި އައިމީހާޔާ ހަމައެއްފަދަހެއްޔެވެ؟ (އެހެން ނުވާނެއެވެ.) އަދި ކޯފާޔާއިގެން އައިމީހާގެ ޖާގަޔަކީ قيامة ދުވަހުން ނަރަކައެވެ. އަދި އޭނާ އެނބުރިގޮސް ނިމޭތަން ނުބައިވެގެންވެއެވެ.
Verse 163
هُمْ دَرَجَـٰتٌ عِندَ ٱللَّهِ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ
Transliteration hum darajātun ʿinda l-lahi wal-lahu baṣīrun bimā yaʿmalūna
Dhivehi އެމީހުންވަނީ ﷲ ގެ حضرة ގައި ދަރަޖަތަކެއްގައެވެ. (އެބަހީ ﷲ ގެ ރުއްސެވުމާއި ތަބާވީ މީހުންވަނީ ދަރަޖަތަކެއްގައެވެ.) އަދި އެމީހުން ކުރާ ކަންތަކަށް ﷲ ބައްލަވާވޮޑިގެންވެއެވެ.
Verse 164
لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَـٰلٍ مُّبِينٍ
Transliteration laqad manna l-lahu ʿalā l-mu'minīna idh baʿatha fīhim rasūlan min anfusihim yatlū ʿalayhim āyātihi wayuzakkīhim wayuʿallimuhumu l-kitāba wal-ḥik'mata wa-in kānū min qablu lafī ḍalālin mubīnin
Dhivehi ހަމަކަށަވަރުން ﷲ تعالى مؤمن ންގެމައްޗަށް نعمة ލައްވާ ދަރުމަވަންތަވެވޮޑިގެންވިއެވެ. އެއީ އެމީހުންގެތެރެއިން އެމީހުން ވާހަކަދައްކާބަހުން އެމީހުންނަށް އެކަލާނގެ رسول ބޭކަލަކު ފޮނުއްވިހިނދުންނެވެ. އެކަލޭގެފާނު އެމީހުންނަށް އެކަލާނގެ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާ އަދި އެމީހުން (އެކަލޭގެފާނާ تبع ވުމުން) އެމީހުން ފާފައިން طاهر ކުރައްވާ އަދި އެކަލޭގެފާނު އެމީހުންނަށް ފޮތާއި حكمة (އެބަހީ سنّة) އުގަންނަވައިދެއްވާ ބޭކަލެކެވެ. އަދި އޭގެކުރީގައި އެމީހުން ކަނޑައެޅިގެން بيان ވެގެންވާ މަގުފުރެދުމެއްގައި ވީނަމަވެސްމެއެވެ.
Verse 165
أَوَلَمَّآ أَصَـٰبَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Transliteration awalammā aṣābatkum muṣībatun qad aṣabtum mith'layhā qul'tum annā hādhā qul huwa min ʿindi anfusikum inna l-laha ʿalā kulli shayin qadīrun
Dhivehi އަޅެފަހެ ކަލޭމެނަށް مصيبة އެއްޖެހުނު ކޮންމެހިނދެއްގައި (އެބަހީ مشرك ންގެ ފަރާތުން ކަލޭމެނަށް ނާކަމިޔާބުވީމާ) ކަލޭމެން ބުނަނީހެއްޔެވެ. މިއީ ކިހިނެއްޖެހުނު مصيبة އެއްހެއްޔެވެ؟ (އަހުރެމެން މި ހަނގުރާމަކުރަނީ ﷲ ގެ މަގުގައެވެ. އަދި އަހުރެމެންގެތެރޭގައި މިވަނީ وحي ބާވައިލެއްވޭ رسول އެކެވެ. އަދި ﷲ ވަނީ نصر ދެއްވާނެކަމުގެ وعد ފުޅުކުރައްވާފައެވެ.) އޭ رسول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ ހަމަ ކަލޭމެންގެ نفس ތަކުގެ ފަރާތުން އައި مصيبة އެކެވެ. ކަލޭމެންގެތެރެއިން ކޮންމެވެސް ބަޔަކު رسول އާގެ ބަސްފުޅާ خلاف ވުމުގެ ސަބަބުންއައި مصيبة އެކެވެ. އަދި މީގެކުރީ ބަދުރު ހަނގުރާމައިގާ) ކަލޭމެންނަށް أحد ހަނގުރާމައިގާ މިލިބުނުވަރުގެ ދެގުނަ مشرك ންނަށް ކަލޭމެން ދިނީމުއެވެ. ހަމަކަށަވަރުން ކޮންމެކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
Verse 166
وَمَآ أَصَـٰبَكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ فَبِإِذْنِ ٱللَّهِ وَلِيَعْلَمَ ٱلْمُؤْمِنِينَ
Transliteration wamā aṣābakum yawma l-taqā l-jamʿāni fabi-idh'ni l-lahi waliyaʿlama l-mu'minīna
Dhivehi އަދި ދެ لشكر ބައްދަލުވި (أحد ހަނގުރާމައިގެ) ދުވަހު ކަލޭމެން مؤمن ންނަށް އެދިމާވި مصيبة އެއް އެއީ ހަމަ ﷲ ގެ އިޒުނަފުޅަށް ދިމާވިކަމެކެވެ. (ﷲ ގެ قضَاء قَدَرُ ގެފަރާތުން އައިކަމެކެވެ.) އަދި އެއީ مؤمن ންނަށް އެންގެވުމަށެވެ. (އެބަހީ إيمان ކަމުގެ أهل ވެރިންނަކީ ކޮބައިކަންވެސް مؤمن ންނަށް އެންގެވުމަށެވެ.)
Verse 167
وَلِيَعْلَمَ ٱلَّذِينَ نَافَقُوا۟ ۚ وَقِيلَ لَهُمْ تَعَالَوْا۟ قَـٰتِلُوا۟ فِى سَبِيلِ ٱللَّهِ أَوِ ٱدْفَعُوا۟ ۖ قَالُوا۟ لَوْ نَعْلَمُ قِتَالًا لَّٱتَّبَعْنَـٰكُمْ ۗ هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَـٰنِ ۚ يَقُولُونَ بِأَفْوَٰهِهِم مَّا لَيْسَ فِى قُلُوبِهِمْ ۗ وَٱللَّهُ أَعْلَمُ بِمَا يَكْتُمُونَ
Transliteration waliyaʿlama alladhīna nāfaqū waqīla lahum taʿālaw qātilū fī sabīli l-lahi awi id'faʿū qālū law naʿlamu qitālan la-ittabaʿnākum hum lil'kuf'ri yawma-idhin aqrabu min'hum lil'īmāni yaqūlūna bi-afwāhihim mā laysa fī qulūbihim wal-lahu aʿlamu bimā yaktumūna
Dhivehi އަދި منافق ވީ މީހުންނަށްވެސް އެންގެވުމަށެވެ. (އެބަހީ منافق ންނަށްވެސް إخلاص ތެރި مؤمن ންނާއި منافق ން ރަނގަޅަށް ވަކިކޮށް އެނގުމަށްޓަކައެވެ.) އަދި އެ منافق ންނަށް ބުނެވުނެވެ. ކަލޭމެން ﷲ ގެ މަގުގައި ހަނގުރާމަކުރުމަށް އަންނާށެވެ! ނުވަތަ ميدان ގައި މީހުން ގިނަކޮށް ބައިބޮޑު ކުރުމަށް އަންނާށެވެ! އޭގެ جواب ގައި އެމީހުން ބުނީ ހަނގުރާމައެއްކަހަލަ ހަނގުރާމައެއްވާނެކަން އަހުރެމެންނަށް އެނގޭނަމަ އަހުރެމެން ކަލޭމެނާ تبع ވީމުހެވެ. (އަހުރެމެންނަށް ހީވާގޮތުގައި ތިޔައީ އެއްވެސް ހަނގުރާމައެއް ހިނގާނެކަމެއްނޫނެވެ.) އެދުވަހު އެމީހުން إيمان ކަމަށްވުރެ ކާފަރުކަމަށް ގާތްކަން ބޮޑެވެ. އެމީހުންގެ ހިތްތަކުގައި ނެތްތަކެތި އެމީހުންގެ ދޫތަކުން ބުނަނީއެވެ. އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާކޮށް ނިވައިކޮށްފައިވާ ތަކެތި ﷲ ދެނެވޮޑިގެންވެއެވެ.
Verse 168
ٱلَّذِينَ قَالُوا۟ لِإِخْوَٰنِهِمْ وَقَعَدُوا۟ لَوْ أَطَاعُونَا مَا قُتِلُوا۟ ۗ قُلْ فَٱدْرَءُوا۟ عَنْ أَنفُسِكُمُ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ
Transliteration alladhīna qālū li-ikh'wānihim waqaʿadū law aṭāʿūnā mā qutilū qul fa-id'raū ʿan anfusikumu l-mawta in kuntum ṣādiqīna
Dhivehi އެމީހުންނަކީ (އެބަހީ އެ منافق ންނަކީ) އެމީހުން ހަނގުރާމައަށް ނުގޮސް ގޭގައި އިށީނދެތިބެ (مشرك ންކުރެ أحد ހަނގުރާމައިގާ މަރުވި مشرك ންގެ) أخ ންނަށް مخاطب ކުރެވޭގޮތަށް ބުނިމީހުންނެވެ. މި منافق ން ބުންޏެވެ. އެމީހުންވެސް (އެބަހީ އެމަރުވި މީހުންވެސް) އަހުރެމެންނަށް ކިޔަމަންވެގެން ތިބިނަމަ އެ ميدان ގައި މަރުނުވީހެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަކީ ތެދުބުނާ ބަޔަކުކަމުގައިވަންޏާ ކަލޭމެން ނިކަން ކަލޭމެންގެ نفس ތަކުން މަރު ދުރުކޮށްބަލާށެވެ! (ކަލޭމެން މަރުވިޔަނުދޭށެވެ!) އެއީ ވާނެކަމެއްނޫނެވެ.
Verse 169
وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ
Transliteration walā taḥsabanna alladhīna qutilū fī sabīli l-lahi amwātan bal aḥyāon ʿinda rabbihim yur'zaqūna
Dhivehi އަދި ﷲ ގެމަގުގައި ހަނގުރާމަކޮށް قتل ވެ شهيد ވެގެންދިޔަ މީހުންނަކީ މަރުވެފައިވާ ބަޔަކު ކަމުގައި އެއްގޮތަކަށްވެސް ކަލޭމެން ހީނުކުރާށެވެ! އަދި ކިއެއްހެއްޔެވެ؟ އެމީހުންނަކީ އެމީހުންގެ ربّ ގެ حضرة ގައި رزق ލިބިލިބި ތިބޭ حال ދިރިތިބި ބައެކެވެ.
Verse 170
فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ وَيَسْتَبْشِرُونَ بِٱلَّذِينَ لَمْ يَلْحَقُوا۟ بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
Transliteration fariḥīna bimā ātāhumu l-lahu min faḍlihi wayastabshirūna bi-alladhīna lam yalḥaqū bihim min khalfihim allā khawfun ʿalayhim walā hum yaḥzanūna
Dhivehi އަދި ﷲ އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެމީހުންނަށް ދެއްވިތަކެއްޗާމެދު (عدد ނުކުރެވޭހާ نعمة އާއި كرامة އާއިމެދު) އެމީހުން އުފާކުރެއެވެ. އަދި އެމީހުން شهيد ވެގެންދިޔައިރު شهيد ވެގެން އެމީހުންނާ ބައްދަލުނުވެ ދުނިޔޭގައި އަދި ތިބި މީހުން ގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނެތްކަމާއި އަދި އެމީހުންނަކީ ހިތާމަކުރާނެ ބަޔަކުނޫންކަމުގެ އުފާވެރި خبر ލިބިލިބިއެވެ. އެމީހުންނަށް އެޚަބަރު ދެއްވަނީ ﷲ އެވެ.
Verse 171
۞ يَسْتَبْشِرُونَ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ وَأَنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُؤْمِنِينَ
Transliteration yastabshirūna biniʿ'matin mina l-lahi wafaḍlin wa-anna l-laha lā yuḍīʿu ajra l-mu'minīna
Dhivehi ﷲ ގެ حضرة ންވާ نعمة އާއި فضل ވަންތަކަމުން އުފާކުރާ حال ގައި އެމީހުންވެއެވެ. އަދި ހަމަކަށަވަރުން مؤمن ންގެ ދަރުމަޔާ ثواب ﷲ ގެއްލެނި ނުކުރައްވާނެއެވެ.
Verse 172
ٱلَّذِينَ ٱسْتَجَابُوا۟ لِلَّهِ وَٱلرَّسُولِ مِنۢ بَعْدِ مَآ أَصَابَهُمُ ٱلْقَرْحُ ۚ لِلَّذِينَ أَحْسَنُوا۟ مِنْهُمْ وَٱتَّقَوْا۟ أَجْرٌ عَظِيمٌ
Transliteration alladhīna is'tajābū lillahi wal-rasūli min baʿdi mā aṣābahumu l-qarḥu lilladhīna aḥsanū min'hum wa-ittaqaw ajrun ʿaẓīmun
Dhivehi އެމީހުންނަކީ އެބަހީ އެބައިމީހުންގެ ދަރުމަޔާ ثواب ﷲ ގެއްލެނި ނުކުރައްވާނޭ ކަމަށް މިއެންގެވުނުމީހުންނަކީ އެމީހުން زخم ވެ ފާރުވުމާއި އެކުވެސް އެމީހުން ﷲ އަށާއި رسول އާއަށް އިޖާބަދިން މީހުންނެވެ. އެމީހުންގެ ތެރެއިން ހެޔޮކޮށްހިތައި إحسان ތެރިވެ އަދި އެމީހުން تقوى ވެރިވީމީހުންނަށްހުރީ ބޮޑުވެގެންވާ ދަރުމައެވެ.
Verse 173
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُوا۟ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَـٰنًا وَقَالُوا۟ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ
Transliteration alladhīna qāla lahumu l-nāsu inna l-nāsa qad jamaʿū lakum fa-ikh'shawhum fazādahum īmānan waqālū ḥasbunā l-lahu waniʿ'ma l-wakīlu
Dhivehi އެމީހުންނަކީ ހަމަކަށަވަރުން ކަލޭމެންނާ ހަނގުރާމަކުރުމަށް މީސްތަކުން އެއްވެ جمع ވެއްޖެއޭ (އެބަހީ أبوسفيان އާއި އޭނާގެ އެކުވެރިން ޖަމާވެއްޖެއޭ) ފަހެ އެހެންވެ ކަލޭމެން އެމީހުންދެކެ ބިރުގަންނާށޭ! މިހެން މީސްތަކުން އައިސް ގޮވާލެވުނު މީހުންނެވެ. (މިއާޔަތުގައި މިފަހުން މިނަންގަނެވުނު މީސްތަކުންނޭ އޮތްބަސްފުޅުގެ މުރާދަކީ أبوسفيان ފޮނުވި އެންމެ أَعْرَابى އަކުކަމުގައި ބައެއް مفسّرން ލިއުއްވައެވެ.) ދެންފަހެ މިމީހަކު އައިސް މިހެން ގޮވާލެވުމުން محمّد ﷺ އަށާއި އެކަލޭގެފާނުންގެ أصحاب ންނަށް އިތުރުވެގެންދިޔައީ އީމާންކަމެވެ. އަދި އެބޭކަލުން ވިދާޅުވީ އަހުރެމެންނަށް ﷲ ފުދެއެވެ. (އަހުރެމެން وكيل ކޮށް އިތުބާރުކުރަނީ ﷲ އަށެވެ.) އެކަލާނގެއީ وكيل ކޮށް އިތުބާރުކުރުމަށް އެންމެ ރަނގަޅުވެގެންވާ ފަރާތެވެ.
Verse 174
فَٱنقَلَبُوا۟ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ لَّمْ يَمْسَسْهُمْ سُوٓءٌ وَٱتَّبَعُوا۟ رِضْوَٰنَ ٱللَّهِ ۗ وَٱللَّهُ ذُو فَضْلٍ عَظِيمٍ
Transliteration fa-inqalabū biniʿ'matin mina l-lahi wafaḍlin lam yamsashum sūon wa-ittabaʿū riḍ'wāna l-lahi wal-lahu dhū faḍlin ʿaẓīmin
Dhivehi ދެންފަހެ (أبوسفيان ގެ لشكر އާ ދިމާއަށް ނުކުންނެވި އިސްލާމުންގެ ބޭކަލުން ދަންނައެވެ!) އެބޭކަލުން އެނބުރި ވަޑައިގެންނެވީ ﷲ ގެ حضرة ން نعمة އާއި فضل ވަންތަވެރިކަމާއިގެންނެވެ. އަދި އެބޭކަލުންނަށް އެއްވެސް ބާވަތެއްގެ ނުބައެއް - ނުރައްކަލެއް ދިމާއެއް ނުވެއެވެ. އަދި އެބޭކަލުން تبع ވެވަޑައިގެންނެވީ ﷲ ގެ ރުއްސެވުމާއިއެވެ. (އެއީ رَسول އާގެ އެންގެވުމަށް عدوّ ންގެ ފަހަތުން އެމީހުން އަތުލައިގަތުމަށް ނުކުމެވަޑައިގެންނެވުމެވެ. رَسولއާއި تبع ވެވަޑައިގަތުމުން އެބޭކަލުންނަށް ލިބިވަޑައިގެންނެވި ރުހިވޮޑިގަތުމެވެ.) އަދި ﷲ އީ ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިކަލާނގެއެވެ.
Verse 175
إِنَّمَا ذَٰلِكُمُ ٱلشَّيْطَـٰنُ يُخَوِّفُ أَوْلِيَآءَهُۥ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ
Transliteration innamā dhālikumu l-shayṭānu yukhawwifu awliyāahu falā takhāfūhum wakhāfūni in kuntum mu'minīna
Dhivehi ހަމަކަށަވަރުން އެއީ އެއަޑަކީ: (އެބަހީ ހަމަކަށަވަރުން މީސްތަކުން ކަލޭމެނާ ހަނގުރާމަކުރުމަށް ޖަމާވެއްޖެޔޭ ކަލޭމެން އެމީހުނަށް ބިރުގަންނާށޭ!) މިހެން ގޮވާލި އަޑަކީ شيطان އާ ކޮންމެވެސް މީހެއްގެ އަނގަޔަށް އެއްލި كلمة ތަކެކެވެ. އެއީ شيطان އާ އޭނާގެ އެހީތެރިން ލައްވައި (أبوسفيان އާއި އޭނާގެ އެކުވެރިން ލައްވައި) ކަލޭމެން مؤمن ން ބިރުގަންނަވަން ގޮވިގޮވުމެކެވެ. ފަހެ ކަލޭމެން އެމީހުންނަށް ބިރުނުގަންނާށެވެ! އަދި ކަލޭމެންނަކީ مؤمن ންކަމުގައިވަންޏާ ހަމައެކަނި ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! * ދަންނައެވެ! އިސްވެދިޔަ ހަތަރު އާޔަތުގައި އިޝާރާތްވެގެން އެދަނީ أحد ހަނގުރާމައިގެ ކަންތައް ނިމިގެން رسول ﷲ ﷺ ގެ أمر ފުޅަށް ކިޔަމަންތެރިވުމުގެގޮތުން زَخَم ތަކާއިއެކުވެސް ނުކުމެވަޑައިގަތް ބޭކަލުންގެވާހަކައެވެ. ނަތީޖާއަކަށްވީ އެބޭކަލުންނަށް އެއްވެސް އުނދަގުލެއް ގެއްލުމެއް ނުވެ ﷲ އާއި رسول އާއަށް ކިޔަމަންތެރިވުމުގެ ނަސީބު ލިބުމާއިއެކު ސަލާމަތުން އެނބުރި رجوع ވުމެވެ.
Verse 176
وَلَا يَحْزُنكَ ٱلَّذِينَ يُسَـٰرِعُونَ فِى ٱلْكُفْرِ ۚ إِنَّهُمْ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا ۗ يُرِيدُ ٱللَّهُ أَلَّا يَجْعَلَ لَهُمْ حَظًّا فِى ٱلْـَٔاخِرَةِ ۖ وَلَهُمْ عَذَابٌ عَظِيمٌ
Transliteration walā yaḥzunka alladhīna yusāriʿūna fī l-kuf'ri innahum lan yaḍurrū l-laha shayan yurīdu l-lahu allā yajʿala lahum ḥaẓẓan fī l-ākhirati walahum ʿadhābun ʿaẓīmun
Dhivehi (އޭ رسول ﷲ އެވެ!) ކާފަރުކަމުގައި އަވަސްވެގަންނަމީހުންނާއިމެދު ކަލޭގެފާނު ހިތާމަފުޅު ވިޔަނުދެއްވާށެވެ! ހަމަކަށަވަރުން އެމީހުންނަކަށް ﷲ އަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުކުރެވޭނެއެވެ. ﷲ އެދިވޮޑިގަންނަވަނީ آخرة ގައި އެމީހުންނަށް އެއްވެސް نصيب އެއް ނުލެއްވުމަށެވެ. އަދި އެމީހުންނަށް قيامة ދުވަހުން ހުރީ ބޮޑުވެގެންވާ عذاب އެވެ.
Verse 177
إِنَّ ٱلَّذِينَ ٱشْتَرَوُا۟ ٱلْكُفْرَ بِٱلْإِيمَـٰنِ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا وَلَهُمْ عَذَابٌ أَلِيمٌ
Transliteration inna alladhīna ish'tarawū l-kuf'ra bil-īmāni lan yaḍurrū l-laha shayan walahum ʿadhābun alīmun
Dhivehi ހަމަކަށަވަރުން އީމާންކަންދީފާ ކާފަރުކަން ގަންނަ މީސްތަކުން (އެބަހީ އީމާންކަން ކާފަރުކަމަށް ބަދަލުކުރާ މީހުން) ދަންނައެވެ! އެއްވެސް ގޮތަކުން އެއްވެސްކަމަކުންވިޔަސް އެމީހުންނަށް ﷲ އަކަށް އުނދަގުލެއް އަދި ގެއްލުމެއްވިޔަސް ނުދެވޭނެއެވެ. އަދި قيامة ދުވަހުން އެމީހުންނަށް ހުންނަހުށީ ހަމަ ވޭންދެނިވި عَذَاب އެކެވެ.
Verse 178
وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوٓا۟ أَنَّمَا نُمْلِى لَهُمْ خَيْرٌ لِّأَنفُسِهِمْ ۚ إِنَّمَا نُمْلِى لَهُمْ لِيَزْدَادُوٓا۟ إِثْمًا ۚ وَلَهُمْ عَذَابٌ مُّهِينٌ
Transliteration walā yaḥsabanna alladhīna kafarū annamā num'lī lahum khayrun li-anfusihim innamā num'lī lahum liyazdādū ith'man walahum ʿadhābun muhīnun
Dhivehi އަދި ކާފަރުވީ މީސްތަކުން އެމީހުންނަށް ތިމަންރަސްކަލާނގެ مُهْلَة ދެއްވާ ތަންވަޅު ދެއްވުން އެއީ އެމީހުންގެ نفس ތަކަށްވާ ހެޔޮކަމެއްކަމުގައި އެމީހުން އެއްގޮތަކަށްވެސް ހީނުކުރާހުށިކަމެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށް مُهْلَة ދެއްވާ ވަގުތުދެއްވާ ހައްދަ ވަނީ އެމީހުންގެ ފާފަ އިތުރުކުރުމަށެވެ. (ގިނަދުވަހު ފާފަކުރުމުން عذاب ގިނަވާނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ.) އަދި އެމީހުންނަށް قيامة ދުވަހުން ހުންނަހުށީ ހަމަ އިހާނާތްތެރިވެގެންވާ عذاب އެކެވެ.
Verse 179
مَّا كَانَ ٱللَّهُ لِيَذَرَ ٱلْمُؤْمِنِينَ عَلَىٰ مَآ أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ ٱلْخَبِيثَ مِنَ ٱلطَّيِّبِ ۗ وَمَا كَانَ ٱللَّهُ لِيُطْلِعَكُمْ عَلَى ٱلْغَيْبِ وَلَـٰكِنَّ ٱللَّهَ يَجْتَبِى مِن رُّسُلِهِۦ مَن يَشَآءُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ فَلَكُمْ أَجْرٌ عَظِيمٌ
Transliteration mā kāna l-lahu liyadhara l-mu'minīna ʿalā mā antum ʿalayhi ḥattā yamīza l-khabītha mina l-ṭayibi wamā kāna l-lahu liyuṭ'liʿakum ʿalā l-ghaybi walākinna l-laha yajtabī min rusulihi man yashāu faāminū bil-lahi warusulihi wa-in tu'minū watattaqū falakum ajrun ʿaẓīmun
Dhivehi مؤمن ންނޭކިޔައިގެން އެއުޅޭ އެންމެން އެމީހުން ހަމަ އެތިބިގޮތަށް އޭގެތެރޭގައިތިބި ވިޔާނުދާ ނުބައިމީހުންނާއި ރަނގަޅު تقوى ވެރިން ވަކި ނުކުރައްވައި (ނުވަތަ ރަނގަޅު مؤمن ންނާއި مؤمن ންނޭކިޔައިގެން منافق ވެގެން އުޅޭމީހުންނާއި ވަކި ނުކުރައްވައި) ހަމަ އެހެން ދޫކޮށްލާނޭ ކަލަކުކަމުގައި ﷲ ނުވެއެވެ. (إمتحان ކުރައްވައި ދެބައި ވަކިކުރައްވާ ހުއްޓެވެ.) އަދި ކަލޭމެނަށް غَيْبُ އަންގަވާ ހާމަކުރައްވާނޭކަލަކުކަމުގައިވެސް ﷲ ނުވެއެވެ. އަދި އެހެންނަމަވެސް (އެކަލާނގެ އެދިވޮޑިގަންނަވާ މިންވަރަކަށް غَيْبُ އެންގެވުމަށް) އެކަލާނގެ ފޮނުއްވާ رَسول ބޭކަލުންކުރެ ބައެއްބޭކަލުން އެކަލާނގެ خاصّ ކުރައްވާ إختيار ކުރައްވައެވެ. ފަހެ ކަލޭމެން ﷲ އަށާއި އެކަލާނގެ رسول ންނަށް އީމާންވާށެވެ! އަދި ކަލޭމެން އީމާންވެއްޖެއްޔާ އަދި ކަލޭމެން تقوى ވެރިވެއްޖެއްޔާ ފަހެ ކަލޭމެންނަށް ހުރީ ބޮޑުވެގެންވާ ދަރުމައެވެ. ثواب އެވެ.
Verse 180
وَلَا يَحْسَبَنَّ ٱلَّذِينَ يَبْخَلُونَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ هُوَ خَيْرًا لَّهُم ۖ بَلْ هُوَ شَرٌّ لَّهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا۟ بِهِۦ يَوْمَ ٱلْقِيَـٰمَةِ ۗ وَلِلَّهِ مِيرَٰثُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
Transliteration walā yaḥsabanna alladhīna yabkhalūna bimā ātāhumu l-lahu min faḍlihi huwa khayran lahum bal huwa sharrun lahum sayuṭawwaqūna mā bakhilū bihi yawma l-qiyāmati walillahi mīrāthu l-samāwāti wal-arḍi wal-lahu bimā taʿmalūna khabīrun
Dhivehi އަދި ﷲ تعالى އެކަލާނގެ فضل ވަންތަކަމުގެތެރެއިން އެބައިމީހުންނަށް ދެއްވިތަކެއްޗަށް بَخِيْلُ ވެގަންނަ މީހުން (ﷲ ގެމަގުގައި ކުރުން لاَزم ވާ خرد ތައްނުކޮށް بَخِيْلُ ވާމީހުން) އެއީ އެމީހުންނަށްވާ ހެވެއްކަމުގައި އެއްގޮތަކަށްވެސް އެމީހުން ހީނުކުރާހުށިކަމެވެ! އަދި ކިއެއްހެއްޔެވެ؟ އެއީ އެމީހުންނަށްވާ ނުބައެކެވެ. އެމީހުން بَخِيْلُ ވެގެން خرد ނުކޮށް އެބެހެއްޓި ތަކެތި قيامة ދުވަހުން އެމީހުންގެ ކަނދުރާތަކުގައި ވަށައިގެން އެޅެވޭނެއެވެ. (އެއީ އަލިފާނުން ވަށާލެވިފައިވާ އުޅައެއްކަމަށާއި / އަދި އެއީ ބޮޑުހަރުފައެއްކަމަށާ މިގޮތްގޮތަށް ބުނެވިފައިވެއެވެ. والله أعلم. - އަދި އުޑުތަކާއި ބިމުގެ ވާރުތަ مِلْكُ ވެ خاصّ ވެގެންވަނީ ﷲ އަށެވެ. އަދި ކަލޭމެންކުރާ ކަންތައްތަކުގެ خبر ﷲ ދެނެވޮޑިގެންވެއެވެ.
Verse 181
لَّقَدْ سَمِعَ ٱللَّهُ قَوْلَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ فَقِيرٌ وَنَحْنُ أَغْنِيَآءُ ۘ سَنَكْتُبُ مَا قَالُوا۟ وَقَتْلَهُمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ وَنَقُولُ ذُوقُوا۟ عَذَابَ ٱلْحَرِيقِ
Transliteration laqad samiʿa l-lahu qawla alladhīna qālū inna l-laha faqīrun wanaḥnu aghniyāu sanaktubu mā qālū waqatlahumu l-anbiyāa bighayri ḥaqqin wanaqūlu dhūqū ʿadhāba l-ḥarīqi
Dhivehi ހަމަކަށަވަރުން ﷲ އީ فقير ކަލެކޭ އަދި އަހުރެމެންނީ މުއްސަނދީންނޭ މިހެން ބުނިމީހުންގެ އެބުނި ބުނުމުގެ އަޑު ކަށަވަރުންވެސް ﷲ އައްސަވާވޮޑިގެންވެއެވެ. (އެބަސްބުނީ يهودي ންގެ ބައެކެވެ.) ﷲ تعالى وحي ކުރެއްވިއެވެ. އެމީހުން އެބުނި އެއްޗެއް ނިކަންހުރެ ތިމަންރަސްކަލާނގެ ލިއުއްވާހުށީމެވެ. އަދި އެމީހުން އެއްވެސް حقّ އަކާއިނުލައި نبي ބޭކަލުން قتل ކުރުމާއި މިކަންކަމުގެ ސަބަބުންނާއި ކަލޭމެން އަލިފާނުގެ عذاب ގެ ރަހަ ލިބިގަންނާށޭ އެމީހުންނަށް ތިމަންރަސްކަލާނގެ އަންގަވާހުށީމެވެ.
Verse 182
ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ
Transliteration dhālika bimā qaddamat aydīkum wa-anna l-laha laysa biẓallāmin lil'ʿabīdi
Dhivehi އެ عذاب އެދެއްވަނީ ކަލޭމެންގެ އަތްތަކުން ކަލޭމެން ކުރި ކަންތައްތަކުގެ ސަބަބުންނެވެ. އަދި އަޅުތަކުންނަށް އަނިޔާވެރިވެ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ تعالى ވޮޑިގެންނުވެއެވެ.
Verse 183
ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ عَهِدَ إِلَيْنَآ أَلَّا نُؤْمِنَ لِرَسُولٍ حَتَّىٰ يَأْتِيَنَا بِقُرْبَانٍ تَأْكُلُهُ ٱلنَّارُ ۗ قُلْ قَدْ جَآءَكُمْ رُسُلٌ مِّن قَبْلِى بِٱلْبَيِّنَـٰتِ وَبِٱلَّذِى قُلْتُمْ فَلِمَ قَتَلْتُمُوهُمْ إِن كُنتُمْ صَـٰدِقِينَ
Transliteration alladhīna qālū inna l-laha ʿahida ilaynā allā nu'mina lirasūlin ḥattā yatiyanā biqur'bānin takuluhu l-nāru qul qad jāakum rusulun min qablī bil-bayināti wabi-alladhī qul'tum falima qataltumūhum in kuntum ṣādiqīna
Dhivehi އަދި އެމީހުންނަކީ މިހެން ބުނި މީހުންނެވެ. "ﷲ تعالى އަހުރެމެންނަށް وصيّة ކުރައްވާފައިވަނީ ކޮންމެ رسول ބޭކަލަކުވެސް އެބޭކަލަކު އަހުރެމެންގެ ގާތަށް قربان އާއިގެން ވަޑައިގެންނެވިއްޔާމެނުވީ އެބޭކަލަކަށް އަހުރެމެން އީމާންނުވުމަށެވެ. އަދި އެގެންނަވާ ޤުރްބާނެއް އަލިފާންގަނޑު ކައިލަންވާނެއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެކުރިން رسول ބޭކަލުން ވަޑައިގެންނެވިއެވެ. ބަޔާންވެގެންވާ دليل ތަކާއިގެންނެވެ. އަދި އެބޭކަލުން ވަޑައިގެންނެވީ ކަލޭމެން ތިޔަބުނި ކަންތަކާއިގެންނެވެ. (ކަލޭމެން އެދުނުގޮތަށް ކަންތައްވުމާއިއެކުވެސް ކަލޭމެން އޭގެބައެއް ބޭކަލުން قتل ކުރީމުއެވެ.) ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ. ފަހެ ކަލޭމެން އެބޭކަލުން قتل ކުރީ ކީއްވެގެންހެއްޔެވެ؟\n* ދަންނައެވެ! (إسلام دين އައުމުގެކުރިން މީހަކު صدقاة އެއްކޮށް އެ صدقاة އެއް ﷲ قبول ކުރައްވައިފިއްޔާ މަތިން އަންނަ އަލިފާނެއް އައިސް އެއެއްޗެއް އަންދައިލައެވެ. އަންދައިނުލައިފިއްޔާ އެ صدقاة އެއް قبول ނުވެވުނީއެވެ.)
Verse 184
فَإِن كَذَّبُوكَ فَقَدْ كُذِّبَ رُسُلٌ مِّن قَبْلِكَ جَآءُو بِٱلْبَيِّنَـٰتِ وَٱلزُّبُرِ وَٱلْكِتَـٰبِ ٱلْمُنِيرِ
Transliteration fa-in kadhabūka faqad kudhiba rusulun min qablika jāū bil-bayināti wal-zuburi wal-kitābi l-munīri
Dhivehi (އޭ رسول ﷲ އެވެ!) އެމީހުން ކަލޭގެފާނުން ދޮގުކުރިޔަސް (އެއީ عجائب ކަމެއްނޫނެވެ.) ފަހެ ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގެ رسول ންވެސް ދޮގުކުރެވުނެވެ. (ކުރީގެ أمّة ތަކުގެ މީހުންވެސް އެމީހުން ގާތަށް ވަޑައިގެންނެވި رسول ން ދޮގުކުރިއެވެ.) އެބޭކަލުން ވަޑައިގެންނެވީ ބަޔާންވެގެންވާ دليل އާއި އަދި އަލިކުރާ ފޮތްތަކާއިގެންނެވެ.
Verse 185
كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَـٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَـٰعُ ٱلْغُرُورِ
Transliteration kullu nafsin dhāiqatu l-mawti wa-innamā tuwaffawna ujūrakum yawma l-qiyāmati faman zuḥ'ziḥa ʿani l-nāri wa-ud'khila l-janata faqad fāza wamā l-ḥayatu l-dun'yā illā matāʿu l-ghurūri
Dhivehi ކޮންމެ نفس އަކީ މަރުގެރަހަ ލިބޭނޭ އެއްޗެކެވެ. ކަލޭމެންގެ (عمل ތަކުގެ) ދަރުމަ ކަލޭމެނަށް ފުރިހަމަ ކުރެވޭނެކަންކަށަވަރީ قيامة ދުވަހުންނެވެ. ފަހެ (އެދުވަހުން) ނަރަކައިން ދުރުވެ ސުވަރުގެ ވަދެވިއްޖެމީހާ ހަމަކަށަވަރުން ނަސީބުވެރިވެއްޖެއެވެ. އަދި ދުނިޔޭގެ މިދިރިއުޅުމަކީ ހެއްލުންތެރިވެވޭ ކުޑަ އަރާމުކޮޅެއްކަމުގައި މެނުވީ ނުވެއެވެ.
Verse 186
۞ لَتُبْلَوُنَّ فِىٓ أَمْوَٰلِكُمْ وَأَنفُسِكُمْ وَلَتَسْمَعُنَّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ وَمِنَ ٱلَّذِينَ أَشْرَكُوٓا۟ أَذًى كَثِيرًا ۚ وَإِن تَصْبِرُوا۟ وَتَتَّقُوا۟ فَإِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ
Transliteration latub'lawunna fī amwālikum wa-anfusikum walatasmaʿunna mina alladhīna ūtū l-kitāba min qablikum wamina alladhīna ashrakū adhan kathīran wa-in taṣbirū watattaqū fa-inna dhālika min ʿazmi l-umūri
Dhivehi އަދި ހަމަކަށަވަރުން ކަލޭމެންގެ މުދަލުގައި (ބަލާ މުސީބާތްޖެހި ހަލާކުވުންފަދަ ކަންތައް މެދުވެރިކުރައްވައި) ކަލޭމެން إمتحان ކުރައްވާހުށީމެވެ. އަދި ކަލޭމެންގެ ގާތްތިމާގެ މީހުން މަރުވުންފަދަ ހިތްދަތިވާ ޒާތުގެ ކަންތައް މެދުވެރިކުރައްވައިގެންވެސް ކަލޭމެން (ގެ އީމާންކަން) إمتحان ކުރައްވާ ހުށީމެވެ. އަދި أهل كتاب ންގެ ކިބައިންނާއި އަދި شِرك ކުރިމީހުންގެ ކިބައިން އުނދަގޫވާފަދަ އެތައް ލަފުޒެއް ހަމަކަށަވަރުންވެސް ކަލޭމެން އަހާނެއެވެ. (އެފަދަ މީސްމީހުން ބުނާނެއެވެ. ﷲ އެއީ فقير ކަލެކެވެ. އަހުރެމެން މިއީ މުއްސަނދިންނެވެ. އަދި އެމީހުން ބުނެއެވެ. ﷲ فقير ވެގެން ހޭދަ ނުކުރުމަށް އެކަލާނގެ އަތްޕުޅުވަނީ ކަސްތޮޅު އެޅެވިފައެވެ. ފަހެ މިފަދަ މިފަދަ ބަސްބަހަކީ ތެދުވެރި مؤمن އެއްގެ ހިތަށް ވަރަށް އުނދަގޫތައްވާނެ كلمة އެވެ. ﷲ އަށްޓަކައި مؤمن އަޅާގެ ހިތުގައިވާ ލޯބިވެތިކަމާ غيرة ތެރިކަން އުތުރިގަންނަވަރުގެ ބަސްބަހެވެ. ދެން އެކަލާނގެ އެ އަންގަވަނީ) ކަލޭމެން (مؤمن ން) ކެތްތެރިވެ تقوى ވެރިވެއްޖެއްޔާ ހަމަކަށަވަރުން އެއީ އެމީހުންގެ އީމާންކަން ފުރިހަމަކަމުގެ ދަލީލެކެވެ. - އެބަހީ އެކެތްތެރިކަމާއި އެ تقوى ވެރިކަމަކީ އެކަންކަމަށް ﷲ أمر ކުރައްވާފައިވާ މަތިވެރި ކަންކަމެވެ. (عَزْمُ ވަރުގަދަ މީހުންނަށް މެނުވީ ނުވާނެކަންކަމެވެ.)
Verse 187
وَإِذْ أَخَذَ ٱللَّهُ مِيثَـٰقَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ لَتُبَيِّنُنَّهُۥ لِلنَّاسِ وَلَا تَكْتُمُونَهُۥ فَنَبَذُوهُ وَرَآءَ ظُهُورِهِمْ وَٱشْتَرَوْا۟ بِهِۦ ثَمَنًا قَلِيلًا ۖ فَبِئْسَ مَا يَشْتَرُونَ
Transliteration wa-idh akhadha l-lahu mīthāqa alladhīna ūtū l-kitāba latubayyinunnahu lilnnāsi walā taktumūnahu fanabadhūhu warāa ẓuhūrihim wa-ish'taraw bihi thamanan qalīlan fabi'sa mā yashtarūna
Dhivehi އަދި ފޮތްދެވުނު މީހުންގެކިބައިން (އެބަހީ يهودي ންނާ نصارى އިންގެކިބައިން) ﷲ تعالى عَهْدُ ކަށަވަރު ހިއްޕެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެ عَهْدُ ކަށަވަރަކީ ކަލޭމެން އެކަން މީހުންނަށް بَيان ކޮށްދެއްވާށެވެ! (އެބަހީ محمّد ﷺ ގެ رَسول ކަމާއި އެކަލޭގެފާނުންގެ خبر ތައް މީސްތަކުންނަށް بيان ކޮށްދެއްވާށެވެ!) އަދި އެކަން ކަލޭމެން ވަންހަނާ ނުކުރާށެވެ! ދެންފަހެ އެމީހުން އެކަން (އެ عَهْدُ ކަށަވަރު) އެމީހުންގެ ފުރަގަހަށް އެއްލައި ލައިފިއެވެ. (އެމީހުންނަށް ކުރުމަށް އެންގި ކަންތައް ނުކުރިއެވެ.) އަދި ދުނިޔޭގެ ދާދި ކުޑަކުޑަ ފައިދާކޮޅަކަށް އެމީހުން އޭތި ވިއްކައިފިއެވެ. (އޭތި ދީފާ ކުޑަފައިދާކޮޅެއް އެމީހުން ގަނެފިއެވެ. محمّد ގެފާނާބެހޭ خبر ތައް އެމީހުން ވަންހަނާކޮށް މީސްތަކުންނަށް އޮޅުވައިލީއެވެ.) ފަހެ އެމީހުން އެ އެއްޗެއްދީފައި އެގަތް އެތީގެ ނުބައިކަން ބޮޑުވެގެންވެއެވެ.
Verse 188
لَا تَحْسَبَنَّ ٱلَّذِينَ يَفْرَحُونَ بِمَآ أَتَوا۟ وَّيُحِبُّونَ أَن يُحْمَدُوا۟ بِمَا لَمْ يَفْعَلُوا۟ فَلَا تَحْسَبَنَّهُم بِمَفَازَةٍ مِّنَ ٱلْعَذَابِ ۖ وَلَهُمْ عَذَابٌ أَلِيمٌ
Transliteration lā taḥsabanna alladhīna yafraḥūna bimā ataw wayuḥibbūna an yuḥ'madū bimā lam yafʿalū falā taḥsabannahum bimafāzatin mina l-ʿadhābi walahum ʿadhābun alīmun
Dhivehi އަދި ތިމާމެނަށް އެލިބުނު (ދުނިޔޭގެ ފައިދާކޮޅާމެދު) އުފާކުރާމީހުން އަދި އެމީހުން ނުކުރާ ކަންތަކުން އެމީހުންނަށް مَدَحَ އާއި تَعْرِيْفُ ލިބުމަށް ލޯބިކުރާމީހުން عذاب ން ސަލާމަތްވެގެންވާނޭކަމުގައި އެއްގޮތަކަށްވެސް ކަލޭގެފާނު ހީފުޅު ނުކުރައްވާށެވެ! އަދި އެމީހުންނަށްހުރީ ވޭންދެނިވި عذاب އެވެ. (މިއީ محمّد ﷺ ގެ خبر ތައް ވަންހަނާކޮށް އަދި އެކަމަށް އުފާކުރި يهودي ންނާއި نصارى އިންގެ ވާހަކަކަމުގައި تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. والله أعلم)
Verse 189
وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Transliteration walillahi mul'ku l-samāwāti wal-arḍi wal-lahu ʿalā kulli shayin qadīrun
Dhivehi އަދި އުޑުތަކާއިބިމުގެ މުޅިވެރިކަމާއި އެތަންތާގައި ވާހާ އެއްޗެއް މިލްކުވެ خاصّ ވެގެންވަނީ ﷲ އަށެވެ. އަދި ކޮންމެކަމެއްގެމައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
Verse 190
إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَـٰتٍ لِّأُو۟لِى ٱلْأَلْبَـٰبِ
Transliteration inna fī khalqi l-samāwāti wal-arḍi wa-ikh'tilāfi al-layli wal-nahāri laāyātin li-ulī l-albābi
Dhivehi ހަމަކަށަވަރުން އުޑުތަކާއި ބިންހެއްދެވުމުގައި އަދި ރޭގަނޑާއި ދުވާލު ތަފާތުކުރެއްވުމުގައި އެކައްޗަށްފަހު އަނެކަތި އަންނާނޭގޮތް ލެއްވުމާއި މިކަންކަމުގައި ﷲ ގެ އެއްކައުވަންތަކަމާއި قدر ތެރިކަމުގެމައްޗަށް دليل ކުރާ حجّة ތަކާއި ހެކިތައްވާކަންކަށަވަރެވެ. އެއީ އެކަންކަމަށް ވިސްނާ فِكرކޮށްހަދާ ބުއްދިވެރިންނަށެވެ.
Verse 191
ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَـٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَـٰذَا بَـٰطِلًا سُبْحَـٰنَكَ فَقِنَا عَذَابَ ٱلنَّارِ
Transliteration alladhīna yadhkurūna l-laha qiyāman waquʿūdan waʿalā junūbihim wayatafakkarūna fī khalqi l-samāwāti wal-arḍi rabbanā mā khalaqta hādhā bāṭilan sub'ḥānaka faqinā ʿadhāba l-nāri
Dhivehi އެމީހުންނަކީ (އެބަހީ އެބުއްދިވެރިންނަކީ) އެމީހުންކޮޅަށްތިބޭ حال ގައްޔާއި އިށީނދެތިބޭ حال ގައްޔާއި އަދި އެމީހުން އަރިކަށިމައްޗަށް އަރިޔަށް އޮށޯވެ އޮންނައިރު ގައިވެސް ﷲ އަށް ذِكر ކޮށް އެކަލާނގެ ހަނދާންކުރާ މީހުންނެވެ. އަދި އުޑުތަކާއި ބިން ހެއްދެވިފައިވާ ގޮތާއިމެދު އެމީހުން فِكر ކޮށް ވިސްނާހަދާމިހުންނެވެ. (އަދި އެމީހުން ދަންނަވައެވެ.) އޭއަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ މިތަކެތި باطل ގޮތުގައި (އެއްވެސް ފައިދާއެއްނެތް ބޭކާރުގޮތުގައި) ނުހައްދަވަމުއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. ފަހެ އަޅަމެން އަލިފާނުގެ عذاب ން ސަލާމަތްކޮށްދެއްވާނދޭވެ!
Verse 192
رَبَّنَآ إِنَّكَ مَن تُدْخِلِ ٱلنَّارَ فَقَدْ أَخْزَيْتَهُۥ ۖ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍ
Transliteration rabbanā innaka man tud'khili l-nāra faqad akhzaytahu wamā lilẓẓālimīna min anṣārin
Dhivehi އޭ އަޅަމެންގެ ربّ އެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ ނަރަކައަށް ވައްދަވައިފި އަޅަކު ކަށަވަރުންވެސް އެއަޅަކު އިބަރަސްކަލާނގެ ގެއްލެނިކުރައްވާ ނިކަމެތި ކުރައްވައިފީމުއެވެ. އަދި އަނިޔާވެރިންނަށް އެއްވެސް نصر ވެރިއަކު ނުވެއެވެ.
Verse 193
رَّبَّنَآ إِنَّنَا سَمِعْنَا مُنَادِيًا يُنَادِى لِلْإِيمَـٰنِ أَنْ ءَامِنُوا۟ بِرَبِّكُمْ فَـَٔامَنَّا ۚ رَبَّنَا فَٱغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلْأَبْرَارِ
Transliteration rabbanā innanā samiʿ'nā munādiyan yunādī lil'īmāni an āminū birabbikum faāmannā rabbanā fa-igh'fir lanā dhunūbanā wakaffir ʿannā sayyiātinā watawaffanā maʿa l-abrāri
Dhivehi އޭ އަޅަމެންގެ ربّ އެވެ! ހަމަކަށަވަރުން އީމާންކަމަށް ގޮވާލައްވާ ބޭކަލެއްގެ އަޑު އަޅަމެން އަހައިފީމުއެވެ. އެބޭކަލަކު ވިދާޅުވެއެވެ. އޭ ކަލޭމެންނޭވެ! ކަލޭމެން ކަލޭމެންގެ ربّ އަށް އީމާންވާށެވެ! ދެންފަހެ އަޅަމެން އީމާންވެއްޖައީމެވެ. ފަހެ އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާދެއްވާނދޭވެ! އަދި އަޅަމެންގެ އެންމެހައި ކުށްތަކާއި ނުބައިތައް ނެތިކުރައްވާ ދުރުކުރައްވާނދޭވެ! އަދި ރަނގަޅު މާތްމީހުނާއެކު (އެބަހީ އިބަރަސްކަލާނގެ ރުހިވޮޑިގަންނަވާ ކިޔަމަންތެރި އަޅުންނާއެކު) އަޅަމެން މަރުގަންނަވާފާދޭވެ!
Verse 194
رَبَّنَا وَءَاتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ ٱلْقِيَـٰمَةِ ۗ إِنَّكَ لَا تُخْلِفُ ٱلْمِيعَادَ
Transliteration rabbanā waātinā mā waʿadttanā ʿalā rusulika walā tukh'zinā yawma l-qiyāmati innaka lā tukh'lifu l-mīʿāda
Dhivehi އޭ އަޅަމެންގެ ربّ އެވެ! އަދި އިބަރަސްކަލާނގެ ފޮނުއްވި رسول ބޭކަލުންގެ ދޫފުޅުމަތިން އަޅަމެންނަށް وعد ކުރައްވާފައިވާ ކަންތައް އަޅަމެނަށް ދެއްވާނދޭވެ! (އެއީ عدواة ތެރިންގެމައްޗަށް نصر ދެއްވުންކަމުގައި ބައެއް مفسّر ން ލިއުއްވައެވެ. والله أعلم) އަދި قيامة ދުވަހުން އަޅަމެން ދެރަނުކުރައްވާނދޭވެ! ގެއްލެނި ނުކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ وعد ވެވޮޑިގެންނެވި وعد ފުޅަކާއި. خلاف ވެވޮޑިނުގަންނަވާހުއްޓެވެ.
Verse 195
فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّى لَآ أُضِيعُ عَمَلَ عَـٰمِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّنۢ بَعْضٍ ۖ فَٱلَّذِينَ هَاجَرُوا۟ وَأُخْرِجُوا۟ مِن دِيَـٰرِهِمْ وَأُوذُوا۟ فِى سَبِيلِى وَقَـٰتَلُوا۟ وَقُتِلُوا۟ لَأُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَأُدْخِلَنَّهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ثَوَابًا مِّنْ عِندِ ٱللَّهِ ۗ وَٱللَّهُ عِندَهُۥ حُسْنُ ٱلثَّوَابِ
Transliteration fa-is'tajāba lahum rabbuhum annī lā uḍīʿu ʿamala ʿāmilin minkum min dhakarin aw unthā baʿḍukum min baʿḍin fa-alladhīna hājarū wa-ukh'rijū min diyārihim waūdhū fī sabīlī waqātalū waqutilū la-ukaffiranna ʿanhum sayyiātihim wala-ud'khilannahum jannātin tajrī min taḥtihā l-anhāru thawāban min ʿindi l-lahi wal-lahu ʿindahu ḥus'nu l-thawābi
Dhivehi ދެންފަހެ އެބައިމީހުންގެ ربّ އެމީހުންނަށް إجابة ކުރައްވައިފިއެވެ. (އެކަލާނގެ އަންގަވައެވެ.) ހަމަކަށަވަރުން ކަލޭމެންކުރެ ހެޔޮ عمل ކުރާމީހެއްގެ ދަރުމަ - ތިމަންރަސްކަލާނގެ ގެއްލެނިނުކުރައްވާހުށީމެވެ. ފިރިހެނުންގެތެރެއިންވިޔަސް އަންހެނުންގެތެރެއިންވިޔަސް މެއެވެ. ކަލޭމެންކުރެ އެއްބަޔަކުވަނީ އަނެއްބައެއްގެތެރެއިންނެވެ. (އެބަހީ عمل ކުރުމާ ކިޔަމަންތެރިވުމާއި އަދި دين ގެގޮތުން ހަމައެއްބައެކެވެ.) ފަހެ هجرة ކުރި މީސްތަކުން - އަދި އެމީހުން އެމީހުންގެ ގޮވަތިގެދޮރުން ނެރެވުނު މީހުން- އަދި އެމީހުން ތިމަންރަސްކަލާނގެ މަގުގައި އުނދަގޫތައް ލިބެވުނުމީހުން - އަދި އެމީހުން ހަނގުރާމަކޮށް އަދި قتل ވެދިޔަ މީސްތަކުން (މިމީހުން ދަންނައެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ކުށްފާފަތައް ފުއްސަވާ ދުރުކުރައްވާހުށީމެވެ. އަދި ހަމަކަށަވަރުން އެތަންތާނގެދަށުން އެކިވައްތަރުގެ އާރުތައް ދެމޭ ބަގީޗާތަކަކަށް (ސުވަރުގެތަކަށް) ތިމަންރަސްކަލާނގެ އެމީހުން ވައްދަވާހުށީމެވެ. އެއީ ﷲ ގެ حضرة ންދެއްވާ ދަރުމަޔާ ثواب އެއްގެ ގޮތުންނެވެ. އަދި ރަނގަޅު ثواب އާއި ދަރުމަވަނީ ހަމަ ﷲ ގެ حضرة ގައެވެ.
Verse 196
لَا يَغُرَّنَّكَ تَقَلُّبُ ٱلَّذِينَ كَفَرُوا۟ فِى ٱلْبِلَـٰدِ
Transliteration lā yaghurrannaka taqallubu alladhīna kafarū fī l-bilādi
Dhivehi (އޭ رسول ﷲ އެވެ.) ކާފަރުންގެ މީހުން ރަށްތަކުގައި އެފުރޮޅޭ ފުރޮޅުމަށް (އެމީހުން އެރާވާ ޕްރޮޖެކްޓްތަކަށާއި ހަދާ جمعية ތަކަށާ ކުރާ ވިޔަފާރިތަކަށް އަދި އެމީހުންގެ تَرَقِّى ގެ ލަނޑުދަނޑިތަކާއި މެދު) ކަލޭގެފާނު ހެއްލުންތެރިވެވަޑައި ނުގަންނަވާށެވެ.
Verse 197
مَتَـٰعٌ قَلِيلٌ ثُمَّ مَأْوَىٰهُمْ جَهَنَّمُ ۚ وَبِئْسَ ٱلْمِهَادُ
Transliteration matāʿun qalīlun thumma mawāhum jahannamu wabi'sa l-mihādu
Dhivehi އެއީ ދާދި ކުޑަކުޑަ ފައިދާކޮޅެކެވެ. އަރާމުކޮޅެކެވެ. ދެން قيامة ދުވަހުން އެމީހުންގޮސް ތިބޭނެތަނަކީ ހަމަ ނަރަކައެވެ.
Verse 198
لَـٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا نُزُلًا مِّنْ عِندِ ٱللَّهِ ۗ وَمَا عِندَ ٱللَّهِ خَيْرٌ لِّلْأَبْرَارِ
Transliteration lākini alladhīna ittaqaw rabbahum lahum jannātun tajrī min taḥtihā l-anhāru khālidīna fīhā nuzulan min ʿindi l-lahi wamā ʿinda l-lahi khayrun lil'abrāri
Dhivehi އެހެނެއްކަމަކު އެބަޔަކު އެބަޔަކުގެ ربّ އަށް تقوى ވެރިވެ ބިރުވެތިވެއްޖެބަޔަކު (ދަންނައެވެ!) އެބަޔަކަށް ހުރީ އެތަންތާނގެ ދަށުން އާރުތައް ދެމެމުންދާ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. އެމީހުން އެތަންތާ ދެމިތިބޭގޮތަށެވެ. އެއީ ﷲ تعالى ގެ حضرة ން އެމީހުންނަށްވާ މެހްމާންދާރީއެވެ. އަދި ކިޔަމަންތެރި މާތްމީހުންނަށް ﷲ ގެ حضرة ގައިވާ ތަކެތި ހެޔޮވެގެންވެއެވެ.
Verse 199
وَإِنَّ مِنْ أَهْلِ ٱلْكِتَـٰبِ لَمَن يُؤْمِنُ بِٱللَّهِ وَمَآ أُنزِلَ إِلَيْكُمْ وَمَآ أُنزِلَ إِلَيْهِمْ خَـٰشِعِينَ لِلَّهِ لَا يَشْتَرُونَ بِـَٔايَـٰتِ ٱللَّهِ ثَمَنًا قَلِيلًا ۗ أُو۟لَـٰٓئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ ۗ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
Transliteration wa-inna min ahli l-kitābi laman yu'minu bil-lahi wamā unzila ilaykum wamā unzila ilayhim khāshiʿīna lillahi lā yashtarūna biāyāti l-lahi thamanan qalīlan ulāika lahum ajruhum ʿinda rabbihim inna l-laha sarīʿu l-ḥisābi
Dhivehi އަދި ހަމަކަށަވަރުން أهل كتاب ންގެތެރޭގައިވެސް - يعني: ފޮތްދެއްވުނު މީހުންގެތެރޭގައިވެސް - (އެބަހީ: يهودي ންނާއި نصارى އިންގެތެރޭގައިވެސް) ކަނޑައެޅިގެން ﷲ އަށް އީމާންވާ މީހުން ވެއެވެ. އަދި ކަލޭމެން (مؤمن ން) ނަށް ބާވައިލެއްވުނު ތަކެއްޗަށާއި އަދި އެމީހުންނަށް ބާވައިލެއްވުނު ތަކެއްޗަށް އީމާންވާ މީހުންވެއެވެ. އެމީހުން ﷲ އަށް ބިރުވެތިވެ ކިޔަމަންތެރިވެ މަޑުމޮޅިވެގެންވެއެވެ. އަދި ކުޑައަގަކަށް ﷲ ގެ އާޔަތްތައް އެމީހުން ނުވިއްކައެވެ. (އެބަހީ ދުނިޔޭގެ ކުޑަފައިދާކޮޅަކަށް އެމީހުންނަށް އެނގިފައިވާ دين ގެ حكم އެމީހުން ބަދަލުކޮށް ނުހަދައެވެ.) އެމީހުން ދަންނައެވެ! އެމީހުންގެ ربّ ގެ حضرة ގައި އެމީހުންނަށް އެމީހުންގެ ދަރުމަވެއެވެ. ثواب ހުއްޓެވެ. ހަމަކަށަވަރުން ﷲ تعالى އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވަ ކަލާނގެއެވެ.
Verse 200
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱصْبِرُوا۟ وَصَابِرُوا۟ وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
Transliteration yāayyuhā alladhīna āmanū iṣ'birū waṣābirū warābiṭū wa-ittaqū l-laha laʿallakum tuf'liḥūna
Dhivehi އޭ އީމާންވެގެންވާ މީސްތަކުންނޭވެ! ކަލޭމެން (ﷲ އަށް ކިޔަމަންވެތިބުމަށް) ކެތްތެރިވާށެވެ! އަދި ކަލޭމެން (ކަލޭމެންގެ عداوة ތެރިންގެ ކަންތަކާއިމެދު) ކެތްތެރިކަންމަތީ ދެމިތިބޭށެވެ! އަދި ކަލޭމެން (ﷲ ގެމަގުގައި ކުރިޔަށްދާއިރު) އެކަކު އަނެކަކާއި އެކުވެރިވެ އެކަތިގަނޑަކަށްވާށެވެ. އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެއީ ކަލޭމެންނަށް ކާމިޔާބުވެ ނަސީބު ލިބުމަށްޓަކައެވެ.
Read Surah Ali 'Imran in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.