Surah Al-Muzzammil in Dhivehi: translation and audio
Surah 73 · المزمل · The Enshrouded One · 20 verses
Surah Al-Muzzammil verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Muzzammil word by word in English.
Verse 1
يَـٰٓأَيُّهَا ٱلْمُزَّمِّلُ
Transliteration yāayyuhā l-muzamilu
Dhivehi އޭ ފޭރާންކޮޅުތަކުން ނިވައިވެވަޑައިގެންވާ ކަލޭގެފާނެވެ.
Verse 2
قُمِ ٱلَّيْلَ إِلَّا قَلِيلًا
Transliteration qumi al-layla illā qalīlan
Dhivehi ރޭގަނޑުގެ ކުޑަ ވަގުތުކޮޅެއްގައި މެނުވީ (އަޅުކަންކުރެއްވުމަށް) ތެދުވެވަޑައިގަންނަވާށެވެ. އެބަހީ ގިނަވަގުތު އަޅުކަންކުރެއްވުމަށް ތެދުވެވަޑައިގެން ޤާއިމުވެވަޑައިގަންނަވާށެވެ.
Verse 3
نِّصْفَهُۥٓ أَوِ ٱنقُصْ مِنْهُ قَلِيلًا
Transliteration niṣ'fahu awi unquṣ min'hu qalīlan
Dhivehi އެއީ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެއަށްވުރެ ކުޑަތަންކޮޅެއް މަދުކޮށެވެ.
Verse 4
أَوْ زِدْ عَلَيْهِ وَرَتِّلِ ٱلْقُرْءَانَ تَرْتِيلًا
Transliteration aw zid ʿalayhi warattili l-qur'āna tartīlan
Dhivehi ނުވަތަ އެއަށްވުރެން (ދެބައިކުޅަ އެއްބަޔަށްވުރެ) ކުޑަކޮށް ގިނަކޮށްލާށެވެ. އަދި ކަނޑައެޅިގެން قُرْآن ތަރުތީލު ކުރައްވާށެވެ. އެބަހީ ކޮންމެ އަކުރެއްގެ ޙައްޤުވެސް އަދާކޮށް އަކުރުތަކުގެ މަޚްރަޖުން ނެރެ މާނަޔާމެދު ވިސްނާ ފިކުރުކުރައްވައިގެން ކިޔަވާވިދާޅުވާށެވެ.
Verse 5
إِنَّا سَنُلْقِى عَلَيْكَ قَوْلًا ثَقِيلًا
Transliteration innā sanul'qī ʿalayka qawlan thaqīlan
Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މައްޗަށް ނިކަންހުރެ ބަރުވެގެންވާ ބަހެއް ބާވައިލައްވާހުށީމެވެ. (ޙުކުމްތަށް ގަދަވެގެންވާ ބަލާޣާތްތެރި ފޮތެއް - ޔަޢުނީ قُرْآن كَرِيم ބާވައިލައްވާ ހުށީމެވެ.)
Verse 6
إِنَّ نَاشِئَةَ ٱلَّيْلِ هِىَ أَشَدُّ وَطْـًٔا وَأَقْوَمُ قِيلًا
Transliteration inna nāshi-ata al-layli hiya ashaddu waṭan wa-aqwamu qīlan
Dhivehi ހަމަކަށަވަރުން ރޭގަނޑު ތެދުވެ ރޭއަޅުކަންކުރުން އެއީ ބުރަކަން ބޮޑުވެގެންވާ ކަމެކެވެ. އަދި ކިޔެވުން ސީދާވެފައި ސާބިތުކަން ބޮޑުވެގެންވާ ކަމެކެވެ.
Verse 7
إِنَّ لَكَ فِى ٱلنَّهَارِ سَبْحًا طَوِيلًا
Transliteration inna laka fī l-nahāri sabḥan ṭawīlan
Dhivehi އަދި ހަމަކަށަވަރުން ދުވާލުގެ ވަގުތުގައި އެކިއެކި ކަންކަމުގައި ގޮސް އައިސް ވުމާއި މަޝްޣޫލުވުންތަށް ކަލޭގެފާނަށް ވެއެވެ.
Verse 8
وَٱذْكُرِ ٱسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًا
Transliteration wa-udh'kuri is'ma rabbika watabattal ilayhi tabtīlan
Dhivehi އަދި ކަލޭގެފާނުންގެ رَبُّ ގެ ނަންފުޅު ހަނދުމަފުޅު ކުރައްވާށެވެ! އަދި އެކަލާނގެއަށް ذِكْر ކުރައްވާށެވެ! އަދި ކަނޑައެޅިގެން އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް އެހެނިހެން ކަންކަމުން ވަކިވެ ވަޑައިގެން އެކަމުގައި ޚާއްސަ ވެވަޑައިގަންނަވާށެވެ.
Verse 9
رَّبُّ ٱلْمَشْرِقِ وَٱلْمَغْرِبِ لَآ إِلَـٰهَ إِلَّا هُوَ فَٱتَّخِذْهُ وَكِيلًا
Transliteration rabbu l-mashriqi wal-maghribi lā ilāha illā huwa fa-ittakhidh'hu wakīlan
Dhivehi އެކަލާނގެއީ مَشْرِق އާއި مَغْرِب ގެވެސް رَبُّ އެވެ. އެކަލާނގެ ފިޔަވައި (އަޅުކަންވެވުން ޙައްޤު ވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެއެވެ. ފަހެ އެހެންވެ ކަލޭގެފާނުންގެ އެންމެހާ ކަންތައްތަކާއިގެން ޤާއިމުވެ ވޮޑިގެންވާ ކަލަކުކަމުގައި އެކަލާނގެ އިޚްތިޔާރު ކުރައްވައި ހަމަޖައްސަވާށެވެ!
Verse 10
وَٱصْبِرْ عَلَىٰ مَا يَقُولُونَ وَٱهْجُرْهُمْ هَجْرًا جَمِيلًا
Transliteration wa-iṣ'bir ʿalā mā yaqūlūna wa-uh'jur'hum hajran jamīlan
Dhivehi (އޭ رَسُولُ الله އެވެ!) އެމީހުން އެބުނާ ބަސްތަކާ މެދު ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި ރިވެތި ގޮތުގައި އެމީހުންނާއި ދުރުވެވަޑައިގަންނަވާށެވެ. (އެބަހީ އެމީހުން ކުރާ މަލާމާތާއި ދައްކާ ދޮގުވާހަކަތަކާ މެދު ކެތްތެރިވެ ވަޑައިގަންނަވާށެވެ. އަދި ބަދަލު ހިއްޕެވުމުގެ ގޮތުން އެމީހުންނާއި ދުރުވެ ވަޑައި ގަންނަވާށެވެ. ނަމަވެސް މި ޙުކުމް މިއީ ހަނގުރާމައިގެ އާޔަތް ބާވައި ލެއްވުމުގެ ކުރިންނެވެ.)
Verse 11
وَذَرْنِى وَٱلْمُكَذِّبِينَ أُو۟لِى ٱلنَّعْمَةِ وَمَهِّلْهُمْ قَلِيلًا
Transliteration wadharnī wal-mukadhibīna ulī l-naʿmati wamahhil'hum qalīlan
Dhivehi އަދި ތަނަވަސް ކަމާއި ނިޢުމަތާއި މުއްސަނދި ކަމުގެ ވެރި ދޮގުވެރީން ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ. (ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ ފަރާތުން އެމީހުންގެ ކަންތައް ނިންމައިލާ ހުށީމެވެ.) އަދި އެމީހުންނަށް ކުޑަކޮށް ތަންވަޅުދީ ވަގުތުކޮޅު ދެއްވާށެވެ. (އެއީ ދުނިޔޭގައިވެސް އެމީހުންނަށް عَذَاب އަންނާންދެންދެވެ.)
Verse 12
إِنَّ لَدَيْنَآ أَنكَالًا وَجَحِيمًا
Transliteration inna ladaynā ankālan wajaḥīman
Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ حَضْرَة ގައި ހައްޔަރު ކުރެވޭނެ قيدَ ތަކާއި ކަސްތަޅުތަކާއި އަދި އަޑުކިޔާފައި އަނދާ އަލިފާން އެބަހުއްޓެވެ.
Verse 13
وَطَعَامًا ذَا غُصَّةٍ وَعَذَابًا أَلِيمًا
Transliteration waṭaʿāman dhā ghuṣṣatin waʿadhāban alīman
Dhivehi އަދި އެތެރެއަށް ނުގޮސް ބޭރަށްވެސް ނައިސް ކަރުގައި އަޅައިގަނެ ހެރިފައި ހުންނަ (زَقُّوم ގަހުގެ ކަށީގެ) ކާނާއާއި އަދި އެހެނިހެން ބާވަތްބާވަތުގެ ވޭންދެނިވި عَذَاب ވެއެވެ.
Verse 14
يَوْمَ تَرْجُفُ ٱلْأَرْضُ وَٱلْجِبَالُ وَكَانَتِ ٱلْجِبَالُ كَثِيبًا مَّهِيلًا
Transliteration yawma tarjufu l-arḍu wal-jibālu wakānati l-jibālu kathīban mahīlan
Dhivehi ބިންގަނޑާއި ފަރުބަދަތައް قرار ކަމެއްނެތި ތެޅިގަންނަ ދުވަސް ހަނުދުމަފުޅު ކުރައްވާށެވެ! އެދުވަހަކީ ފަރުބަދަތައް ފައިއެޅީމާ ފައިބައިގަނެ ކަހައިލާ ޒާތުގެ މަޑު ވެލިފުނިފުންޏަށް ވާނޭ ދުވަހެވެ. (އެދުވަހުން އެކާފަރުންނަށް އިސްވެ ސިފަވެގެންވާ ގަދަ عَذَاب ހުންނަހުއްޓެވެ.)
Verse 15
إِنَّآ أَرْسَلْنَآ إِلَيْكُمْ رَسُولًا شَـٰهِدًا عَلَيْكُمْ كَمَآ أَرْسَلْنَآ إِلَىٰ فِرْعَوْنَ رَسُولًا
Transliteration innā arsalnā ilaykum rasūlan shāhidan ʿalaykum kamā arsalnā ilā fir'ʿawna rasūlan
Dhivehi (އޭ މީސްތަކުންނޭވެ!) ހަމަކަށަވަރުން فِرْعَوْنُ ގާތަށް رَسُولُ ބޭކަލަކު ފޮނުއްވި ފަދައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުންގާތަށްވެސް رَسُولُ ބޭކަލަކު ފޮނުއްވައިފީމެވެ. (އެއީ محمد ﷺ އެވެ.) އެއީ قيامة ދުވަހުން ތިޔަބައިމީހުންގެ މައްޗަށް ހެކި ދެއްވާނެ ބޭކަލަކުކަމުގައެވެ.
Verse 16
فَعَصَىٰ فِرْعَوْنُ ٱلرَّسُولَ فَأَخَذْنَـٰهُ أَخْذًا وَبِيلًا
Transliteration faʿaṣā fir'ʿawnu l-rasūla fa-akhadhnāhu akhdhan wabīlan
Dhivehi ދެން ފަހެ فِرْعَوْنُ އޭނާގާތަށް ފޮނުވުނު رَسُول އާ (موسى عليه السلام) އަށް އުރެދިއްޖެއެވެ. އެކަލޭގެފާނު ދޮގުކޮށްފިއެވެ. އެހެންވެ ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ ބާރު ހިތްޕެވުމަކުން އޭނާ يعني އެفِرْعَوْنُ ހިތްޕަވާ ހަލާކުކުރެއްވީމެވެ.
Verse 17
فَكَيْفَ تَتَّقُونَ إِن كَفَرْتُمْ يَوْمًا يَجْعَلُ ٱلْوِلْدَٰنَ شِيبًا
Transliteration fakayfa tattaqūna in kafartum yawman yajʿalu l-wil'dāna shīban
Dhivehi ފަހެ އެދުވަހެއްގެ ބިރުވެރިކަން ބޮޑުވެގެންގޮސް ކުޑަކުދިން ނުރަޖެހި މުސްކުޅިންނަށް ވާފަދަ ބިރުވެރި ދުވަހަކަށް ތިޔަބައިމީހުން ކާފަރުވެއްޖެއްޔާ ދެން ތިޔަބައިމީހުން ރައްކާތެރިވެ ސަލާމަތްވާނީ ކޮންފަދައަކުންހެއްޔެވެ. އެބަހީ ސަލާމަތެއްނުވެވޭނެއެވެ. ދަންނައެވެ. ކުޑަކުދިން ނުރަޖެހި މުސްކުޅިންނަށްވާ ވާހަކަ އެއީ ބިރުވެރިކަން ނިހާޔަތަށް ދިއުމަށް ބުނާބުނުމެވެ. والله أعلم.
Verse 18
ٱلسَّمَآءُ مُنفَطِرٌۢ بِهِۦ ۚ كَانَ وَعْدُهُۥ مَفْعُولًا
Transliteration al-samāu munfaṭirun bihi kāna waʿduhu mafʿūlan
Dhivehi އެދުވަހުން އުޑުވާނީ ފަޅަފަޅައިގެން ގޮސްފައެވެ. އެއީ އެދުވަހުގެ ބިރުވެރިކަމުންނާއި އަދި މަލާއިކަތްބޭކަލުން ފައިބާވަޑައިގެންނެވުމަށެވެ. އެދުވަހުން އެހެންވުމަކީ الله ވަޢުދުކުރައްވާފައިވާ ކަމެކެވެ. އަދިއެކަލާނގެ ވަޢުދުފުޅު އެއީ ހަމަކަށަވަރުން ވާނޭކަމެކެވެ. އެޔާއިމެދު ޝައްކެއްނެތެވެ.
Verse 19
إِنَّ هَـٰذِهِۦ تَذْكِرَةٌ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا
Transliteration inna hādhihi tadhkiratun faman shāa ittakhadha ilā rabbihi sabīlan
Dhivehi ހަމަކަށަވަރުން ބިރުގަންނަވަނިވި މިއާޔަތްތަކަކީ وَعْظُ އާއި نَصِيْحَة އެކެވެ. (ހަނދާންކޮށްދެއްވުމެކެވެ.) ފަހެ އެމީހާގެ رَبُّ ގެ حَضْرَةُ އަށް ދިއުމަށް ސަލާމަތުގެ މަގެއް ހިފައި އިޚްތިޔާރު ކުރަން އެދޭމީހާ އެމަގު އަވަހަށް (މިދުނިޔޭގައި) ހޯދާހުށިކަމެވެ.
Verse 20
۞ إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَىِ ٱلَّيْلِ وَنِصْفَهُۥ وَثُلُثَهُۥ وَطَآئِفَةٌ مِّنَ ٱلَّذِينَ مَعَكَ ۚ وَٱللَّهُ يُقَدِّرُ ٱلَّيْلَ وَٱلنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنَ ٱلْقُرْءَانِ ۚ عَلِمَ أَن سَيَكُونُ مِنكُم مَّرْضَىٰ ۙ وَءَاخَرُونَ يَضْرِبُونَ فِى ٱلْأَرْضِ يَبْتَغُونَ مِن فَضْلِ ٱللَّهِ ۙ وَءَاخَرُونَ يُقَـٰتِلُونَ فِى سَبِيلِ ٱللَّهِ ۖ فَٱقْرَءُوا۟ مَا تَيَسَّرَ مِنْهُ ۚ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَقْرِضُوا۟ ٱللَّهَ قَرْضًا حَسَنًا ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ ٱللَّهِ هُوَ خَيْرًا وَأَعْظَمَ أَجْرًا ۚ وَٱسْتَغْفِرُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌ رَّحِيمٌۢ
Transliteration inna rabbaka yaʿlamu annaka taqūmu adnā min thuluthayi al-layli waniṣ'fahu wathuluthahu waṭāifatun mina alladhīna maʿaka wal-lahu yuqaddiru al-layla wal-nahāra ʿalima an lan tuḥ'ṣūhu fatāba ʿalaykum fa-iq'raū mā tayassara mina l-qur'āni ʿalima an sayakūnu minkum marḍā waākharūna yaḍribūna fī l-arḍi yabtaghūna min faḍli l-lahi waākharūna yuqātilūna fī sabīli l-lahi fa-iq'raū mā tayassara min'hu wa-aqīmū l-ṣalata waātū l-zakata wa-aqriḍū l-laha qarḍan ḥasanan wamā tuqaddimū li-anfusikum min khayrin tajidūhu ʿinda l-lahi huwa khayran wa-aʿẓama ajran wa-is'taghfirū l-laha inna l-laha ghafūrun raḥīmun
Dhivehi (އޭ رَسُولُ الله އެވެ!) ހަމަކަށަވަރުން ރޭގަޑުގެ ތިންބައިކުޅަދެބަޔަށްވުރެ ތަންކޮޅެއްމަދުންނާއި އަދި ރޭގަޑުގެ ދެބައިކުޅައެއްބައިގައްޔާއި އަދި ރޭގަޑުގެ ތިންބައިކުޅައެއްބައިގާ (މިވަރުވަރަށް) ކަލޭގެފާނާއި އަދި ކަލޭގެފާނުންގެ އަރިހުގައިވާ ބަޔަކު ރޭއަޅުކަން ކުރެއްވުމަށް (قيام اليل އަށް) ތެދުވެވަޑައިގަންނަވާކަން ހަމަކަށަވަރުން ކަލޭގެފާނުންގެ رَبُّ ދެނެވޮޑިގެންވެއެވެ. ރޭގަނޑާއި ދުވާލު މިންވަރުކުރައްވައި އެކަމުގެ حقيقة ތައް الله ދެނެވޮޑިގެންވެއެވެ. (އަދި ތިޔަބައިމީހުން ރޭގަނޑު ތެދުވެ އަޅުކަން ކުރައްވާ މިންވަރު އެކަލާނގެ ރަނގަޅަށް ދެނެވޮޑިގެންވެއެވެ.) އަދި ރޭގަޑާއި ދުވާލުގެ ވަގުތުތައް عدد ކޮށް މިންވަރު ކުރުމަށް ކަލޭމެންނަށް ކުޅަދާނަވެގެން ނުވާނެކަންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ނުވަތަ އެމިންވަރަށް ރޭގަޑު އަޅުކަން ކުރުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންނުވާނެކަންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. - ފަހެ އެހެންވެ އެކަލާނގެ ތިޔަބައިމީހުންނަށް عَفوء ކުރައްވައި ލުއިކޮށްދެއްވައިފިއެވެ. (އެމިންވަރަށް ރޭއަޅުކަން ކުރުމަށް ބުރަވެއްޖެ ހިދެއްގައި އެކަން ލުއިކޮށްލުމުން ތިޔަބައިމީހުންނަކަށް ކުށެއްނެތެވެ. -ކުރީއޮތް އެބުރަކަމުން ލުޔަކަށް އެކަލާނގެ ބަދަލުކޮށްދެއްވިއެވެ.) ފަހެ قُرْآنން ކަލޭމެންނަށް ފަސޭހަމިންވަރެއް އަދި ފަސޭހަތަނެއް (ދަމު ނަމާދުގައިވެސް އަދި އެހެނިހެން ނަމާދުގައިވެސް) ކިޔަވާށެވެ. (ފަހެ إسلام دين ގެ ކުރީކޮޅުގައި ދަމު ނަމާދު واجب އަކަށްވެފައި އޮތުމަށްފަހު އެ ޙުކުމް ސުންނަތަކަށް ބަދަލުކުރެއްވީ މިއާޔަތުންނެވެ. އަދި صحّ حديث ން ވެސްމެއެވެ.) ތިޔަބައިމީހުންގެ ތެރޭގައި ބަލި މީހުންވެސް ތިބޭނެކަމާއި އަދި އެއްބަޔަކު ރިޒުޤު ހޯދުމަށްޓަކައި ދުވާލުގެ ވަގުތުތަކުގައި ބިމުގައި ދަތުރުފަތުރު ކުރާނޭކަމާއި އަދި އަނެއްބަޔަކުﷲ ގެމަގުގައި ހަނގުރާމަކުރާނޭކަމާއި މިމިކަންކަން ﷲދެނެވޮޑިގެންވެއެވެ. (އެމީސްމީހުންނަށް ރޭއަޅުކަން އެމިންވަރަށް ގެންދިއުންދަތިވާނެކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ.)\nފަހެ އެހުރިހާކަމަކަށްޓަކައި އެ قُرْآنން ކަލޭމެންނަށް ފަސޭހަމިންވަރެއް އަދި ފަސޭހަތަނެއް ކިޔަވާށެވެ. (މިބަސްފުޅުން މުރާދުކުރެވެނީ ކުޅަދާނަވާމިންވަރަށް ރޭއަޅުކަން ކުރުމެވެ.) ދެންކަލޭމެން فَرْضُ ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ﷲއަށް ރަނގަޅު ދަރަނިދެށެވެ. އެބަހީ ﷲގެމަގުގައި ހޭދަކުރާށެވެ. ފަހެ ހެޔޮކަމުގެތެރެއިން ކަލޭމެންއިސްކުރިކަމެއް އަދި ހޭދަކުރި صَدَقَة އެއް އަދިހެޔޮ ކޮންމެޢަމަލެއްވިޔަސް އެއެއްޗެއްގެދަރުމަޔާ ސަވާބު ﷲ ގެ حَضْرَةُ ގައި މާބޮޑުވެގެންވަނިކޮށް ކަލޭމެން ދެކޭނެއެވެ. އަދިފާފަފުއްސެވުމަށްއެދި ކަލޭމެން ﷲ ގެ حَضْرَةُ ގައި ދަންނަވާށެވެ! ހަމަކަށަވަރުން ﷲއީ ގިނަގިނައިން ފާފަފުއްސަވާ އަދި رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Read Surah Al-Muzzammil in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.