MyDugsiStart learning

Surah Al-Kahf in Dhivehi: translation and audio

Surah 18 · الكهف · The Cave · 110 verses

Surah Al-Kahf verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Kahf word by word in English.

Verse 1

ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَنزَلَ عَلَىٰ عَبْدِهِ ٱلْكِتَـٰبَ وَلَمْ يَجْعَل لَّهُۥ عِوَجَا ۜ

Transliteration al-ḥamdu lillahi alladhī anzala ʿalā ʿabdihi l-kitāba walam yajʿal lahu ʿiwajā

Dhivehi އެންމެހައި حمد އާއި ثناء އާއި تعريف އެއް حقّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެ އަޅާގެމައްޗަށް (محمّد ﷺ ގެމައްޗަށް) ފޮތް يعني: ކީރިތި قرآن ބާވައިލެއްވި ކަލާނގެއެވެ. އެފޮތުގައި އެކަލާނގެ އެއްވެސް ގުދުކަމެއް ކަތިކަމެއް ނުލައްވައެވެ.

Verse 2

قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ أَجْرًا حَسَنًا

Transliteration qayyiman liyundhira basan shadīdan min ladun'hu wayubashira l-mu'minīna alladhīna yaʿmalūna l-ṣāliḥāti anna lahum ajran ḥasanan

Dhivehi އެއީ ސީދާވެގެންވާ عدل ވެރި ފޮތެއްގެގޮތުގައެވެ. މީސްތަކުންނަށް ﷲ ގެ حضرة ން އަތުވެދާނޭ ގަދަވެގެންވާ އަވަސް عذاب އަކާ މެދު އެކަލޭގެފާނު މީސްތަކުންނަށް إنذار ކުރެއްވުމަށެވެ. ބިރުގެންނެވުމަށެވެ. އަދި صالح عمل ކުރާ مؤمن ންނަށް (قيامة ދުވަހުން) ރަނގަޅުވެގެންވާ މާތް ދަރުމައެއް ހުރިކަމުގެ އުފާވެރި خبر އެމީހުންނަށް ދެއްވުމަށެވެ. އެއީ ފޮތް ބާވައިލެއްވުމުގެ އެއް مقصد އެވެ.

Verse 3

مَّـٰكِثِينَ فِيهِ أَبَدًا

Transliteration mākithīna fīhi abadan

Dhivehi އެމީހުން އެދަރުމައިގައި (އެރަނގަޅު އުޖޫރައިގައި) އަބަދާއަބަދު ދެމިތިބޭ ހުއްޓެވެ. ސުވަރުގޭގައެވެ.

Verse 4

وَيُنذِرَ ٱلَّذِينَ قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا

Transliteration wayundhira alladhīna qālū ittakhadha l-lahu waladan

Dhivehi (އަދި އެކަލޭގެފާނަށް އެފޮތް ބާވައިލެއްވީ) ﷲ ދަރިކަލަކު ހިތްޕަވާ إختيار ކުރައްވައިފިޔޭ ބުނާ މީހުންނަށްވެސް އެކަލޭގެފާނު إنذار ކުރައްވައި ބިރުގެންނެވުމަށެވެ.

Verse 5

مَّا لَهُم بِهِۦ مِنْ عِلْمٍ وَلَا لِـَٔابَآئِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَٰهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًا

Transliteration mā lahum bihi min ʿil'min walā liābāihim kaburat kalimatan takhruju min afwāhihim in yaqūlūna illā kadhiban

Dhivehi އެކަލާނގެއާ މެދު ނުވަތަ އެމީހުން އެހެން ބުނުމާމެދު އެމީހުންނަށްވެސް އެއްވެސް އެނގުމެއްނުވެއެވެ. އަދި އެމީހުންގެ ކާބަފައިންނަށްވެސް އެއްވެސް އެނގުމެއް - علم އެއް ނުވެއެވެ. އެއީ ހަމައެކަނި އެމީހުންގެ އަނގައިން ނުކުންނަ ބޮޑުވެގެންވާ كلمة އެއްކަމުގައި މެނުވީ ނުވެއެވެ. އެމީހުން ބުނަނީ ހަމަ ސީދާދޮގުކަމުގައި މެނުވީ ނުވެއެވެ.

Verse 6

فَلَعَلَّكَ بَـٰخِعٌ نَّفْسَكَ عَلَىٰٓ ءَاثَـٰرِهِمْ إِن لَّمْ يُؤْمِنُوا۟ بِهَـٰذَا ٱلْحَدِيثِ أَسَفًا

Transliteration falaʿallaka bākhiʿun nafsaka ʿalā āthārihim in lam yu'minū bihādhā l-ḥadīthi asafan

Dhivehi (އޭ رسول ﷲ އެވެ!) އެމީހުން يعني: ކަލޭގެފާނުންގެ قوم ގެމީހުން މި ކީރިތި قرآن އަށް إيمان ނުވެ / ތެދުނުކުރުމުގެ ސަބަބުން އެކަމާ ހިތާމަފުޅުން ކަލޭގެފާނު ކަލޭގެފާނުންގެ نفس ފުޅު ހަލާކުކުރައްވާކަހަލައެވެ. އެކަމާ ހިތާމަފުޅު ނުކުރައްވާށެވެ.

Verse 7

إِنَّا جَعَلْنَا مَا عَلَى ٱلْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا

Transliteration innā jaʿalnā mā ʿalā l-arḍi zīnatan lahā linabluwahum ayyuhum aḥsanu ʿamalan

Dhivehi ހަމަކަށަވަރުން ބިންމަތީގައިވާހާތަކެތި ތިމަންރަސްކަލާނގެ އެބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. އެއީ އެމީހުން - يعني: ތިމަންރަސްކަލާނގެ އަޅުތަކުން ކުރެ عمل ކުރުމުގެގޮތުން އެންމެ ރަނގަޅުވެގެންވަނީ ކާކުކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ފާޅުކުރެއްވުމަށްޓަކައެވެ. އެކަން تحقيق އަށް ގެންނެވުމަށެވެ. (ތިމަންރަސްކަލާނގެ أمر ފުޅުތަކާއި نهى ތަކަށް ފަރުވާތެރިވެ ކިޔަމަންތެރިވަނީ ކޮންބައެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން އެންގެވުމަށެވެ.)

Verse 8

وَإِنَّا لَجَـٰعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا

Transliteration wa-innā lajāʿilūna mā ʿalayhā ṣaʿīdan juruzan

Dhivehi އަދި ހަމަކަށަވަރުން އެބިންމަތީގައިވާހާތަކެތި ހަލާކުކުރައްވާ އެބިން އެއްވެސްއެއްޗެއް ނުވާ އޮމާން ހުސްބިމަކަށް ތިމަންރަސްކަލާނގެ ހައްދަވާހުށީމެވެ. އެއީ قيامة ދުވަހުންނެވެ.

Verse 9

أَمْ حَسِبْتَ أَنَّ أَصْحَـٰبَ ٱلْكَهْفِ وَٱلرَّقِيمِ كَانُوا۟ مِنْ ءَايَـٰتِنَا عَجَبًا

Transliteration am ḥasib'ta anna aṣḥāba l-kahfi wal-raqīmi kānū min āyātinā ʿajaban

Dhivehi (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން كَهْفُ ބާގައިގެމީހުންނާއި އަދި އެތާނގައި ލިޔެވިފައިވާ ލިއުމާއި މިކަންކަމަކީ ތިމަންރަސްކަލާނގެ (قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކާއި علامة ތަކުގެތެރެއިން ބޮޑު عجائب ކަމެއްކަމުގައި ކަލޭގެފާނު ހީފުޅުކުރައްވަނީތޯއެވެ؟

Verse 10

إِذْ أَوَى ٱلْفِتْيَةُ إِلَى ٱلْكَهْفِ فَقَالُوا۟ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا

Transliteration idh awā l-fit'yatu ilā l-kahfi faqālū rabbanā ātinā min ladunka raḥmatan wahayyi lanā min amrinā rashadan

Dhivehi އެޒުވާނުން އެހޮހޮޅަށްގޮސް އެތާ منزل ކުރިހިނދުން އެމީހުން (ﷲ އަށް) ދެންނެވިއެވެ. "އޭ އަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކުގައި (އިބަރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި ކާފަރު قوم އާ ދުރަށް ފިލައިގެން މިއައި ކަންތަކުގައި) އިބަރަސްކަލާނގެ ރުއްސަވާމަގަށް عمل ކުރުމުގައި އަޅަމެނަށް ފަސޭހަކޮށްދެއްވައި ސީދާމަގު ދައްކަވާނދޭވެ!"

Verse 11

فَضَرَبْنَا عَلَىٰٓ ءَاذَانِهِمْ فِى ٱلْكَهْفِ سِنِينَ عَدَدًا

Transliteration faḍarabnā ʿalā ādhānihim fī l-kahfi sinīna ʿadadan

Dhivehi ފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ކަންފަތްތަކުގެމަތީގައި (ބޭރުގެއަޑުތައް ނުއިވޭނޭގޮތުން) ގަދަ ނިދިލައްވައި عدد ކަނޑައެޅިގެންވާ އަހަރުތަކަކު އެހޮހޮޅުގައި އެމީހުން ނިންދަވާ ބެއިތިއްބީމެވެ.

Verse 12

ثُمَّ بَعَثْنَـٰهُمْ لِنَعْلَمَ أَىُّ ٱلْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوٓا۟ أَمَدًا

Transliteration thumma baʿathnāhum linaʿlama ayyu l-ḥiz'bayni aḥṣā limā labithū amadan

Dhivehi ދެން އަލުންވެސް ތިމަންރަސްކަލާނގެ އެމީހުން ހޭއަރުވައި (މީހުން އުޅޭ ހިސާބަށް) ފޮނުއްވީމެވެ. އެއީ އެމީހުން އެހޮހޮޅުގައި ނިދާފައި ލަސްވެތިބީ ކިހާދުވަހަކުތޯ ބަލައި ހިމަނައިގަތުން ބޮޑީ ދެ جماعة ންކުރެ ކޮންބައެއްތޯ ދެނެވޮޑިގެންވާކަން ފާޅުކުރައްވައި، އެކަން تحقيق އަށް ގެނައުމަށެވެ. • އެދެ جماعة އެއްކަމުގައި ބުނެވެނީ مؤمن ންނާއި كافر ންކުރެ ދެބައެކެވެ. والله أعلم.

Verse 13

نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِٱلْحَقِّ ۚ إِنَّهُمْ فِتْيَةٌ ءَامَنُوا۟ بِرَبِّهِمْ وَزِدْنَـٰهُمْ هُدًى

Transliteration naḥnu naquṣṣu ʿalayka naba-ahum bil-ḥaqi innahum fit'yatun āmanū birabbihim wazid'nāhum hudan

Dhivehi (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ حقّ ގޮތުގައި ހަމަސީދާ ތެދަށް އެމީހުންގެ خبر ތައް ކަލޭގެފާނަށް މިއަންގަވައިދެއްވަނީއެވެ. ހަމަކަށަވަރުން އެމީހުންނަކީ އެމީހުންގެ ربّ އަށް إيمان ވި ޒުވާން ބައެކެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންގެ އީމާންކަމުގެ މައްޗަށް إيمان ކަމާއި ތެދުމަގު އިތުރުކޮށްދެއްވީމެވެ.

Verse 14

وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا۟ فَقَالُوا۟ رَبُّنَا رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَن نَّدْعُوَا۟ مِن دُونِهِۦٓ إِلَـٰهًا ۖ لَّقَدْ قُلْنَآ إِذًا شَطَطًا

Transliteration warabaṭnā ʿalā qulūbihim idh qāmū faqālū rabbunā rabbu l-samāwāti wal-arḍi lan nadʿuwā min dūnihi ilāhan laqad qul'nā idhan shaṭaṭan

Dhivehi އަދި އެމީހުން (އެކާފަރު ރާޖާގެ ކުރިމަތީގައި ތެދުވިހިނދު) ތިމަންރަސްކަލާނގެ އެމީހުންގެ ހިތްތައް (އީމާންކަމުގެ نور ން) ބަންނަވައި ހިފެހެއްޓެވީމެވެ. (އެމީހުންނަށް ސާބިތުކަން ދެއްވީމެވެ.) ފަހެ އެމީހުން (އެރާޖާއަށް) ބުންޏެވެ. އަޅަމެންގެ ربّ އަކީ އުޑުތަކާއި ބިމުގެ ވެރި ربّ އެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް إله އަކަށް އަހުރެމެން ގޮވާ دعاء ކޮށް އަޅުކަންކޮށް ނުހަދާނަމެވެ. އަދި އެހެން ފަރާތަކަށް ގޮވާ دعاء ކޮށް ހަދައިފިނަމަ ހަމަކަށަވަރުން ދޮގު އަދި باطل ކަމުން ހައްދުފަހަނަޅާފައިވާ ވާހަކައެއް އަހުރެމެން ބުނިކަމުގައިވާނެކަން ކަށަވަރެވެ. • ދަންނައެވެ! އިސްވެދިޔަ އާޔަތްތަކާއި އަދި ފަހުން މިއަންނަ ބައެއް އާޔަތުން އެ بيان ކުރައްވަނީ مشهور كَهْفُ ބާގައިގެމީހުންގެ ވާހަކައިގެ خلاصة އެވެ. އެމީހުންނާމެދު تفسير طبري ގައި بيان ވެގެންވަނީ އެމީހުންނަކީ عيسى عليه السّلام ގެ دين މަތީގައި އުޅުނު مؤمن ންކަމުގައެވެ. އެއީ إسلام دين އައުމުގެކުރީގައެވެ. އެމީހުންގެ ރަށެއްކަމުގައި بيان ކުރައްވާފައިވަނީ أَفْسُوس ކިޔާ ރަށެއްކަމަށެވެ. އެއީ މިހާރު طَرْسُوْس އެވެ. އެރަށުގެ ރަސްގެފާނަކީ ބުދަށް އަޅުކަންކުރާ ރާޖާއެކެވެ. އެއީ دِقْيَفُوس ކިޔާ މީހެކެވެ. އެ ރާޖާ އެރަށުގެ އެންމެން ބުދަށް އަޅުކަންކުރުން މަޖުބޫރުކުރިހިނދުން މިދެންނެވި ޒުވާނުން އެކަން ބޮޑުވެގެން ﷲ ބާވައިލެއްވި دين ދޫނުކޮށް ﷲ އަށް އަޅުކަންކުރުމަށްޓަކައި އެރާޖާއާ ފިލަންގޮސް އެމީހުންވަނީ އެތާވާ ފަރުބަދައެއްގެ ހޮހޮޅަށެވެ. އެފަރުބަދައަށް ކިޔަނީ بنجلوس އެވެ. އެ ހޮހޮޅަށް އެމީހުންވަދެ ހަމަޖެހުމުން ﷲ تعالى ގަދަ ނިންޖަކުން އެމީހުން ނިންދެވީއެވެ. ދެން އެމީހުން ހޭއެރުއްވީ ތިންސަތޭކަ އެތައްއަހަރަކަށް ފަހުންނެވެ. كَهْفُ ސޫރަތުގެ ނަންވެސް މިވަނީ އެމީހުން ހޮހޮޅުގައި ތިބުމުން އެނަމުންނެވެ. كَهْفُ އެއީ ހޮހޮޅެވެ. ދެން މިއަންނަ އާޔަތްތަކުގައިވެސް އެވަނީ އެމީހުންގެ ވާހަކައެވެ.

Verse 15

هَـٰٓؤُلَآءِ قَوْمُنَا ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً ۖ لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَـٰنٍۭ بَيِّنٍ ۖ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا

Transliteration hāulāi qawmunā ittakhadhū min dūnihi ālihatan lawlā yatūna ʿalayhim bisul'ṭānin bayyinin faman aẓlamu mimmani if'tarā ʿalā l-lahi kadhiban

Dhivehi (އެޒުވާން مؤمن ން އެމީހުން އެމީހުންނަށް ބުނިކަމުގައި ﷲ އެ އަންގަވަނީ) އަހުރެމެންގެ قوم ގެ މީހުން ﷲ ފިޔަވައި އެހެން إله ންތަކެއް ހިފައި إختيار ކޮށްފިއެވެ. އެމީހުން އެ إله ންތަކަށް އަޅުކަންކުރުން صحّ ވާނެކަމަށް ބަޔާންވެގެންވާ ގަދަ ދަލީލެއް ގެނައިނަމައެވެ. دليل އެއް ނުގެނައީ ކީއްވެގެންހެއްޔެވެ؟ ފަހެ ﷲ އާއިމެދު ބޮޑު ދޮގެއް އުފައްދައިގަތްމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވާނެއެވެ.)

Verse 16

وَإِذِ ٱعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا ٱللَّهَ فَأْوُۥٓا۟ إِلَى ٱلْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِۦ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا

Transliteration wa-idhi iʿ'tazaltumūhum wamā yaʿbudūna illā l-laha fawū ilā l-kahfi yanshur lakum rabbukum min raḥmatihi wayuhayyi lakum min amrikum mir'faqan

Dhivehi (އަދިވެސް އެމީހުން އެމީހުންނަށް ބުންޏެވެ.) އަދި ކަލޭމެން އެމީހުންނާއި - އެބަހީ: قوم ގެ މީހުންނާއި އަދި އެމީހުން ﷲ ފިޔަވައި އަޅުކަންކުރާ ތަކެއްޗާ ވަކިވީހިނދުން ދެން ހޮހޮޅަށް ދަމާހިނގާށެވެ! ކަލޭމެންގެ ربّ އެކަލާނގެ رحمة ކަލޭމެނަށް ތަނަވަސްކުރައްވައި އަދި ކަލޭމެނަށް މިހާރު މިޖެހިފައިވާ ކަންތަކަށް އެކަލާނގެ ފަސޭހަކޮށްދެއްވައި އޯގާވެރި منفع ހުރި ރަނގަޅުގޮތް އެކަލާނގެ ދައްކަވާފާނެއެވެ. (ދެންފަހެ މިބައިމީހުން ހޮހޮޅަށްގޮސް ހޮހޮޅުގައި އޮށޯވެލީހިނދުން ގަދަ ނިދިން ﷲ އެމީހުން ނިންދަވައިފިއެވެ. ދެން ޖެހިގެން މިއަންނަ އާޔަތުގައި މިވަނީ އެމީހުން ނިދާފައިތިބިއިރު ﷲ އެމީހުންނަށް ދެއްވާފައިވާ كرامة އާއި هَيْبَة އާއި މާތްކަމުގެ ބައެއް خبر އެވެ. والله أعلم)

Verse 17

۞ وَتَرَى ٱلشَّمْسَ إِذَا طَلَعَت تَّزَٰوَرُ عَن كَهْفِهِمْ ذَاتَ ٱلْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ ٱلشِّمَالِ وَهُمْ فِى فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ ءَايَـٰتِ ٱللَّهِ ۗ مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُۥ وَلِيًّا مُّرْشِدًا

Transliteration watarā l-shamsa idhā ṭalaʿat tazāwaru ʿan kahfihim dhāta l-yamīni wa-idhā gharabat taqriḍuhum dhāta l-shimāli wahum fī fajwatin min'hu dhālika min āyāti l-lahi man yahdi l-lahu fahuwa l-muh'tadi waman yuḍ'lil falan tajida lahu waliyyan mur'shidan

Dhivehi (އޭ رسول ﷲ އެވެ!) އަދި އިރުއަރައިގެން އަންނައިރު އެމީހުންގެ ހޮހޮޅު ފިޔަވައި ކަނާތްފަރާތަށް އިރު ލެނބިގެންދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. އަދި އިރުއޮއްސޭންދާއިރަށް ވާތްފަރާތަށް ލެނބިގެންދާތީ ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވަނީ އެހޮހޮޅުގެ ތަނަވަސް ހުސްތަނެއްގައެވެ. (މި މިކަންކަމަކީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކާއި حجّة ތަކުގެތެރެއިންވާ ކަންކަމެވެ. ﷲ ތެދުމަގު ދައްކަވައިފިއަޅަކު ދަންނައެވެ! ތެދުމަގުގައިވާމީހަކީ އެމީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިއަޅަކު ދަންނައެވެ! އެމީހަކަށް ސީދާ ރާސްތާ ދައްކައިދޭނޭ ސަހަރޯވެރިއަކު ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ.

Verse 18

وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ ٱلْيَمِينِ وَذَاتَ ٱلشِّمَالِ ۖ وَكَلْبُهُم بَـٰسِطٌ ذِرَاعَيْهِ بِٱلْوَصِيدِ ۚ لَوِ ٱطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا

Transliteration wataḥsabuhum ayqāẓan wahum ruqūdun wanuqallibuhum dhāta l-yamīni wadhāta l-shimāli wakalbuhum bāsiṭun dhirāʿayhi bil-waṣīdi lawi iṭṭalaʿta ʿalayhim lawallayta min'hum firāran walamuli'ta min'hum ruʿ'ban

Dhivehi އަދި އެމީހުން އޮށޯވެ ނިދާފައި ތިބިއިރުވެސް އެމީހުން ހޭލައި ތިބިކަމުގައި ކަލޭގެފާނު ހީފުޅުކުރައްވާނެއެވެ. އަދި ކަނާތްފަރާތަށާއި ވާތްފަރާތަށް ތިމަންރަސްކަލާނގެ އެމީހުން ފުރޮޅުއްވަމެވެ. އެއީ އެއްގޮތަކަށް ތިބުމުން ގެއްލުމެއްވެދާނެތީއެވެ. އަދި އެމީހުންގެ ކުއްތާ އެހޮހޮޅުގެ ދޮރުމަތީ ވެލިގަނޑުމަތީ އޭގެ ދެއަތްފަތުރައިގެން އޮތެވެ. އެމީހުން އެ حال ގައިވަނިކޮށް ކަލޭގެފާނު ދެކެވަޑައިގެންނެވިނަމަ އެމީހުންނާއި ދުރަށް ކަލޭގެފާނު ފިއްލަވަންދުވެވަޑައިގެންފީހެވެ. އަދި އެމީހުންގެ ފަރާތުން އެފެނިވަޑައިގަންނަވާ كرامة އާއި هيبة ގެ ސަބަބުން ކަލޭގެފާނު މުޅިން ބިރުން ފުރިއްޖައީހެވެ. (އެގޮތުގައި އެމީހުން ތިންސަތޭކަ އެތައް އަހަރެއްވަންދެން ތިއްބެވެ. މިއީ ﷲ ގެ قدرة ތެރިކަމަށް ބަލާއިރު ދާދިކުޑަކުޑަ ކަމެކެވެ.)

Verse 19

وَكَذَٰلِكَ بَعَثْنَـٰهُمْ لِيَتَسَآءَلُوا۟ بَيْنَهُمْ ۚ قَالَ قَآئِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا۟ رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَٱبْعَثُوٓا۟ أَحَدَكُم بِوَرِقِكُمْ هَـٰذِهِۦٓ إِلَى ٱلْمَدِينَةِ فَلْيَنظُرْ أَيُّهَآ أَزْكَىٰ طَعَامًا فَلْيَأْتِكُم بِرِزْقٍ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا

Transliteration wakadhālika baʿathnāhum liyatasāalū baynahum qāla qāilun min'hum kam labith'tum qālū labith'nā yawman aw baʿḍa yawmin qālū rabbukum aʿlamu bimā labith'tum fa-ib'ʿathū aḥadakum biwariqikum hādhihi ilā l-madīnati falyanẓur ayyuhā azkā ṭaʿāman falyatikum biriz'qin min'hu walyatalaṭṭaf walā yush'ʿiranna bikum aḥadan

Dhivehi އަދި ހަމަ އެފަދައިން (އެބަހީ: އެޒުވާނުން އެހޮހޮޅުގައި ނިންދަވާ ރައްކާތެރިކަމާއިއެކު ތިމަންރަސްކަލާނގެ ބެލެހެއްޓެވިފަދައިން) އެމީހުން ހޭއަރުވައި ފޮނުއްވީމެވެ. އެއީ އެމީހުން އެމީހުންނާ ސުވާލުކޮށްހެދުމަށެވެ. (ދެންފަހެ އެމީހުން ހޭލައިގެން) އޭގެތެރެއިން އެކަކު ބުންޏެވެ. "ކަލޭމެނަށް ނިދިފައި މިހޮހޮޅުގައި ލަސްވެތިބީ ކިހާއިރަކުހެއްޔެވެ؟". އެމީހުން ބުންޏެވެ. "އަހުރެމެން މިތިބީ އެއްދުވަހު ނުވަތަ ދުވަހެއްގެ ބައެއްގައެވެ." އަދި އަނެއްމީހަކު ބުނެފިއެވެ. "ކަލޭމެން ލަސްވެތިބިވަރެއް ކަލޭމެންގެ ربّ ދެނެވޮޑިގަތުންބޮޑެވެ. (އެގޮތެއް އަހުރެމެންނަކަށް ނޭނގެއެވެ.) " ދެންފަހެ ކަލޭމެންކުރެ އެކަކު މި ރިހިފައިސާކޮޅާއިގެން ރަށަށް ދާށެވެ! އަދި އެމީހާ އެރަށުގެ أهل ވެރިންކުރެ ކާނާ އެންމެ حلال ވެފައި طاهر ވެގެންވަނީ ކާކުތޯ ބަލާށެވެ! އަދި އެއިން ކޮންމެވެސް ކާއެތިކޮޅަކާއިގެން އަންނަހުށިކަމެވެ. އަދި އެމީހާ މަޑުމައިތިރިވެ ރަނގަޅަށް ބަލައިގެން އުޅޭހުށިކަމެވެ! އަދި އެކަކަށްވެސް ކަލޭމެންގެ خبر އެއް އެނގި إحساس އެއްވިޔަނުދޭހުށިކަމެވެ!

Verse 20

إِنَّهُمْ إِن يَظْهَرُوا۟ عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِى مِلَّتِهِمْ وَلَن تُفْلِحُوٓا۟ إِذًا أَبَدًا

Transliteration innahum in yaẓharū ʿalaykum yarjumūkum aw yuʿīdūkum fī millatihim walan tuf'liḥū idhan abadan

Dhivehi "އެހެނީ، ހަމަކަށަވަރުން އެމީހުން ކަލޭމެންގެމައްޗަށް ފައުޅުވެ ކަލޭމެންގެ خبر އެމީހުންނަށް އެނގިއްޖެއްޔާ ކަލޭމެން رجم ކުރާނެއެވެ. ތަޅާމަރާ ހަދާނެއެވެ. އެހެންނޫނީވިއްޔާ އެމީހުންގެ دين އަށް (ބުދުދީނަށް) އެމީހުން ކަލޭމެން ވައްދާނެއެވެ. އެހެންވެއްޖެއްޔާ ދުވަހަކުވެސް ދެން ކަލޭމެން ކާމިޔާބުނުވާނެއެވެ. ކަލޭމެން ސަލާމަތްނުވާނެއެވެ." (މިމީހުންނަށް މި ހީވީ މިމީހުންނަށް ނިދުނީ عامّ ކޮށް މީހުން ނިދާވަރަށްކަމަށެވެ. ﷲ މީސްތަކުންނަށް معجزة އެއްދައްކަވާ ކަމަކަށް ލަފައެއް ނުކުރެވުނެވެ. ވާނީވެސް އެހެންތާއެވެ.)

Verse 21

وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوٓا۟ أَنَّ وَعْدَ ٱللَّهِ حَقٌّ وَأَنَّ ٱلسَّاعَةَ لَا رَيْبَ فِيهَآ إِذْ يَتَنَـٰزَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا۟ ٱبْنُوا۟ عَلَيْهِم بُنْيَـٰنًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ ٱلَّذِينَ غَلَبُوا۟ عَلَىٰٓ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا

Transliteration wakadhālika aʿtharnā ʿalayhim liyaʿlamū anna waʿda l-lahi ḥaqqun wa-anna l-sāʿata lā rayba fīhā idh yatanāzaʿūna baynahum amrahum faqālū ib'nū ʿalayhim bun'yānan rabbuhum aʿlamu bihim qāla alladhīna ghalabū ʿalā amrihim lanattakhidhanna ʿalayhim masjidan

Dhivehi އަދި ތިމަންރަސްކަލާނގެ (މިހޮހޮޅުގެ އެކުވެރިން) އަނެއްބައިމީހުންގެމައްޗަށް ފައުޅުކުރައްވައި ދެއްކެވީ ހަމައެފަދައިންނެވެ. އެއީ ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ ހަމަ حقّ އެއްޗެއްކަމާއި އަދި ހަމަކަށަވަރުން قيامة ދުވަހަކީ ޝައްކެއްނެތި އަންނާނެ ދުވަހެއްކަން އެމީހުން ދެނެގަތުމަށްޓަކައެވެ. އެއީ އެމީހުންގެ މެދުގައި محشر އަށް ފޮނުއްވުމާމެދު ދެބަސްވެ إختلاف ވީހިނދުންނެވެ. • ދަންނައެވެ! (ހޮހޮޅުގެ އެކުވެރިން އެހޮހޮޅުގައި ނިދިފައިތިބި ދިގުމުއްދަތުގެތެރޭގައި އޭރު އެތާނގެ ވެރިޔަކަށް ހުރި ބުދުދީނުގެ ރާޖާ دِقْيَفُوس މަރުވެގޮސް އަލުން އެހެން إسلام ރަސްކަލެއް (تيذوسيس) ރަސްކަމަށް އަރާ ވަޑައިގެން މީސްތަކުން إسلام ވެ عيسى عليه السّلام ގެ دين ގައި އުޅޭކަމުގައިވިއެވެ. އެހެންގޮސް ޒަމާންދިގުވުމުން މީސްތަކުންގެމެދުގައި އަލުންވެސް މީސްތަކުން މަރުވުމަށްފަހު އަލުން ދިރިގެން قيامة އަށް ފޮނުއްވުމާމެދު ދެބަސްވުން އުފެދި إختلاف ތައް އުފެދިއްޖެއެވެ. އެކަމާ ރަސްގެފާނު ވަރަށް ކަންބޮޑުވެ ވަޑައިގެން محشر އަށް މީސްތަކުން ފޮނުއްވޭނެކަމުގެ دليل އަކަށް (އެފަދަ معجزة އަކަށް) ﷲ ގެ حضرة ން އެދިވަޑައިގެން دعاء ކުރައްވާކަމުގައިވިއެވެ. އެދުވަސްވަރު ހޮހޮޅުގެ އެކުވެރިން ހޭލެވިގެން ކާއެތިކޮޅެއް ހޯދުމަށް އެތަނުން އެކަކު ރަށަށް އަރައިގެން އުޅެނިކޮށް އެމީހާ ގެންގުޅުނު ފައިސާގެ ޒަމާން ދިގުވެފައިވާތީ އޭނާޔާ ބާޒާރުގެ މީހުން ސުވާލުކޮށް ވީނުވީއެއް ނޭނގިގެން ރަސްގެފާނުން އަރިހަށް އޭނާ ގެނައީއެވެ. ދެން ރަސްގެފާނު އޭނާކުރެން خبر ތައް އައްސަވައި ވެގެންއުޅޭގޮތެއް އެނގިވަޑައިނުގެން އޭނާގެންނަވައިގެން އޭނާގެ އެކުވެރިންގެ ގާތަށް ހޮހޮޅަށް ވަޑައިގެންނެވީއެވެ. ހޮހޮޅުގައި ތިބި އޭނާގެ އެހެން އެކުވެރިންނާއި ބަސްފުޅު ވިދާޅުވެ ރަސްގެފާނަށް މައްސަލަ ރަނގަޅަށް ސާފުވެވަޑައިގެން އެއީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ حجّة އެއްކަމާއި އަދި قيامة ވާނެކަމުގެ ފުރިހަމަ دليل އެއްކަން ރަސްގެފާނަށާއި އަރިހުގައިވާމީހުންނަށް ރަނގަޅަށް އެނގިއްޖެއެވެ. އެހެނީ ތިންސަތޭކަ އެތައްއަހަރެއްވާންދެން ބަޔަކު ނިންދަވައި ބޭތިއްބެވުމަށްފަހު އެމީހުންނަށް އެއްވެސް ބަދަލެއްނައިސް އެމީހުންގެ ފޭރާމަކަށްވެސް އެއްވެސް ބާކަމެއް އަޔަނުދެއްވާ ބެލެހެއްޓެވިކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި އެއްކުރެއްވުމަކީ އެއްވެސް އުނދަގޫކަމަކަށް ނުވާނެކަން ސަލާމަތް ބުއްދިއަކަށްވިއްޔާ އެނގޭނެއެވެ.\nوَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ - މިތަނުން އިޝާރަތްވަނީ ހޮހޮޅުގެ އެކުވެރިން އެހާގިނަ ދުވަހު ނިދިފައިތިބުމަށްފަހު ހޭއަރުއްވައި އެވަގުތު އެރަށުގައި އުޅުނުމީހުންނަށް ދެއްކެވި ވާހަކައެވެ. އެ ހޮހޮޅުގެ އެކުވެރިން މިރަށުގެ މީހުންނަށް ދެއްކެވުމަށްފަހު ﷲ تعالى އަލުންވެސް އެމީހުން ގަދަ ނިދިން ނިންދަވައި އެމީހުންގެ ހޮހޮޅު މީސްތަކުންގެ ލޯމަތިން ނިވައިކުރެއްވީއެވެ. މިއީ ވަރަށް ދިގުވާހަކައެވެ. تفصيل އާއިއެކު تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. އަދި ފަހުން މިއަންނަ آية ތަކުންވެސް ބައެއް تفصيل ބަޔާންވެގެންވެއެވެ. والله أعلم)\n(ﷲ تعالى وحي ކުރެއްވިއެވެ.) އެމީހުން ބުންޏެވެ. އެބަހީ ރަށުގެ މީހުން ބުންޏެވެ. "އެމީހުންނަށް يعني: ހޮހޮޅުގެ އެކުވެރިންނަށް ކަލޭމެން ބިނާއެއް ހަދާށެވެ! އެމީހުންގެ ربّ އެމީހުންގެ އެންމެހައިކަމެއް ދެނެވޮޑިގަތުންބޮޑެވެ." ދެންފަހެ ހޮހޮޅުގެ އެކުވެރިންގެ ކަންތަކާމެދު އެންމެކުރިޔަށް ބަސްކީމީހުން. "އަހުރެމެން އެމީހުންނަށް ބިނާކުރާނީ މިސްކިތެކެވެ."

Verse 22

سَيَقُولُونَ ثَلَـٰثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًۢا بِٱلْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّىٓ أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَآءً ظَـٰهِرًا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا

Transliteration sayaqūlūna thalāthatun rābiʿuhum kalbuhum wayaqūlūna khamsatun sādisuhum kalbuhum rajman bil-ghaybi wayaqūlūna sabʿatun wathāminuhum kalbuhum qul rabbī aʿlamu biʿiddatihim mā yaʿlamuhum illā qalīlun falā tumāri fīhim illā mirāan ẓāhiran walā tastafti fīhim min'hum aḥadan

Dhivehi (އަދި ހޮހޮޅުގެ އެކުވެރިންގެ ކަންތަކާއިމެދު ވާހަކަދެއްކިމީހުން) އެމީހުން ނިކަންހުރެ ބުނާނެއެވެ. "މިއީ رسول ﷲ ﷺ ގެ ޒަމާނުގައި އެމީހުންގެ عدد އާއިމެދު ވާހަކަދެއްކި މީހުންގެވާހަކައެވެ." އެމީހުންބުނެއެވެ. "އެއީ ތިންމީހުންނެވެ. އެމީހުންގެ ހަތަރުވަނައަކީ އެމީހުންގެ ކުއްތާއެވެ." އަދި އެމީހުން ބުނެއެވެ. "އެއީ ފަސްމީހެކެވެ. އެމީހުންގެ ހަވަނަޔަކީ އެމީހުންގެ ކުއްތާއެވެ. އެއީ غيب އަށް ހިލައުކުމެވެ. (އެބަހީ: ނޭނގި ހީވާގޮތަށް ބުނާބުނުމެކެވެ.) " އަދި އެމީހުން ބުނެއެވެ. "އެއީ ހަތްމީހެކެވެ. އަދި އެމީހުންގެ އަށްވަނައަކީ އެމީހުންގެ ކުއްތާއެވެ." (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "އެމީހުންގެ عدد އެއް ތިމަންކަލޭގެފާނުންގެ ربّ ދެނެވޮޑިގަތުންބޮޑެވެ. މަދުމީހަކަށްމެނުވީ އެމީހުންގެ عدد ނޭނގެއެވެ. އަދި ފައުޅުވެގެންވާ حجّة އާއި بيان އަކަށްފަހުގައި މެނުވީ އެމީހުންނާމެދު (أهل كتاب ންނާއި) جدل ނުކުރާށެވެ! އަދި ހޮހޮޅުގެ އެކުވެރިންނާއިމެދު އެމީހުންކުރެ އެބަހީ: (أهل كتاب ންކުރެ) އެކަކުގެ ކިބައިންވެސް فتوى ނާއްސަވާށެވެ!"

Verse 23

وَلَا تَقُولَنَّ لِشَا۟ىْءٍ إِنِّى فَاعِلٌ ذَٰلِكَ غَدًا

Transliteration walā taqūlanna lishāy'in innī fāʿilun dhālika ghadan

Dhivehi އަދި (އޭ رسول ﷲ އެވެ!) ﷲ އިރާދަކުރެއްވިއްޔާއޭ (މިހެން ވިދާޅުވެފައިމެނުވީ) ހަމަކަށަވަރުން.

Verse 24

إِلَّآ أَن يَشَآءَ ٱللَّهُ ۚ وَٱذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰٓ أَن يَهْدِيَنِ رَبِّى لِأَقْرَبَ مِنْ هَـٰذَا رَشَدًا

Transliteration illā an yashāa l-lahu wa-udh'kur rabbaka idhā nasīta waqul ʿasā an yahdiyani rabbī li-aqraba min hādhā rashadan

Dhivehi މާދަމާ އަހުރެންކުރާނަމޭ އެއްވެސްކަމަކާއިމެދު ވިދާޅުނުވާހުށިކަމެވެ! އަދި ކަލޭގެފާނުގެ ކަލޭގެފާނުގެ ربّ މަތިން ހަނދުމަފުޅުނެތިއްޖެއްޔާ ކަލޭގެފާނު އެކަލާނގެ ހަނދުމަފުޅުކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންގެ ربّ އަދި މިއަށްވުރެވެސް ތެދުމަގާއި މާތްގޮތަކަށް އަހުރެންނަށް މަގުދައްކަވާފާނެކަމުގެ أمّيد ކުރެވެއެވެ.

Verse 25

وَلَبِثُوا۟ فِى كَهْفِهِمْ ثَلَـٰثَ مِا۟ئَةٍ سِنِينَ وَٱزْدَادُوا۟ تِسْعًا

Transliteration walabithū fī kahfihim thalātha mi-atin sinīna wa-iz'dādū tis'ʿan

Dhivehi އެމީހުން އެބަހީ: ހޮހޮޅުގެ އެކުވެރިން (އެހެންމީހުންނަށް އެމީހުން ފައުޅުވުމުގެކުރިން) އެމީހުންގެ ހޮހޮޅުގައި ތިންސަތޭކައަހަރު (ނިދާފައި) ތިއްބެވެ. އަދި އޭގެތެރެއަށް ނުވައަހަރު އެމީހުން އިތުރުކުރިއެވެ. އެހެންވީމާ މުޅިއެކު ތިންސަތޭކަ ނުވައަހަރު އެމީހުން ހޮހޮޅުގައި ނިދާފައި ތިއްބެވެ. އެއީ މީލާދީ އަހަރާއި ހިޖްރީއަހަރާ ދެއަހަރުގެ ތަފާތުކަމުގައި ވެދާނެއެވެ.

Verse 26

قُلِ ٱللَّهُ أَعْلَمُ بِمَا لَبِثُوا۟ ۖ لَهُۥ غَيْبُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ أَبْصِرْ بِهِۦ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِۦ مِن وَلِىٍّ وَلَا يُشْرِكُ فِى حُكْمِهِۦٓ أَحَدًا

Transliteration quli l-lahu aʿlamu bimā labithū lahu ghaybu l-samāwāti wal-arḍi abṣir bihi wa-asmiʿ mā lahum min dūnihi min waliyyin walā yush'riku fī ḥuk'mihi aḥadan

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! "އެމީހުން އެހޮހޮޅުގައި ލަސްވެތިބިވަރެއް ﷲ ދެނެވޮޑިގަތުންބޮޑެވެ. އުޑުތަކާއި ބިމުގެ غيب އެކަލާނގެއަށް خاصّ ވެގެންވެއެވެ. އެކަލާނގެ ދެނެވޮޑިގަތުމުގެ ބޮޑުކަމާއެވެ! އަދި އެކަލާނގެ އައްސަވާވޮޑިގަތުމުގެ ބޮޑުކަމާއެވެ!" އަދި އެކަލާނގެ ފިޔަވައި އެމީހުންނަށް އެހެންއެއްވެސް ސަހަރޯވެރިއަކުނުވެއެވެ. އަދި އެކަލާނގެ حكم ގައި ހަމައެކަކުވެސް ކަލޭގެފާނު ބައިވެރިނުކުރާހުށިކަމެވެ! (ﷲ ބާވައިލެއްވި حكم އާއި خلاف އަށް އެހެންމީހަކު ބުނާބަހަކަށް އަދި قانون އަކަށް އަދި قواعد އަކަށް ކިޔަމަންވުމަކީ އެކަލާނގެ حكم ގައި އެހެންމީހަކު ބައިވެރިކުރުމެވެ. އެއީ އެކަލާނގެއާ شريك ކުރުމުގެ މަތީވަނައެކެވެ. އެއީ إلهيّة ގައި شريك ކުރުމެވެ. އަދި މިހިސާބުން كَهْفُ ބާގައިގެމީހުންގެ ވާހަކަ މިނިމުނީއެވެ. والله أعلم)

Verse 27

وَٱتْلُ مَآ أُوحِىَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَـٰتِهِۦ وَلَن تَجِدَ مِن دُونِهِۦ مُلْتَحَدًا

Transliteration wa-ut'lu mā ūḥiya ilayka min kitābi rabbika lā mubaddila likalimātihi walan tajida min dūnihi mul'taḥadan

Dhivehi އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ ފޮތުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ وحي ކިޔަވާ ވިދާޅުވާށެވެ! ނުވަތަ އެ وحي އާއި تبع ވެވަޑައިގަންނަވާށެވެ! އެކަލާނގެ كلمة ފުޅު ބަދަލުކުރާނޭ އެކަކުވެސް ނުވެއެވެ. ނުވަތަ އެ كلمة ފުޅުތަކަށް ބަދަލުވުމެއް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވާންދާނެތަނެއް ނުވަތަ އެފަރާތަކަށް ބުރަވެލާނޭ އެހެންއެއްވެސް ފަރާތެއް ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ.

Verse 28

وَٱصْبِرْ نَفْسَكَ مَعَ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُۥ عَن ذِكْرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمْرُهُۥ فُرُطًا

Transliteration wa-iṣ'bir nafsaka maʿa alladhīna yadʿūna rabbahum bil-ghadati wal-ʿashiyi yurīdūna wajhahu walā taʿdu ʿaynāka ʿanhum turīdu zīnata l-ḥayati l-dun'yā walā tuṭiʿ man aghfalnā qalbahu ʿan dhik'rinā wa-ittabaʿa hawāhu wakāna amruhu furuṭan

Dhivehi އަދި އެބައިމީހުން އެބައިމީހުންގެ ربّ ގެ وجه ފުޅު އެދިގެން / އެކަލާނގެ ރުހިވޮޑިގަތުން އެދިގެން ހެނދުނާއި ހަވީރު (ނުވަތަ ދުވާލާއި ރޭގަނޑު) އެކަލާނގެއަށް دعاء ކުރާމީހުންނާ އެކު ކަލޭގެފާނުންގެ نفس ފުޅު ކެތްކުރައްވާށެވެ! އެމީހުންނާ އެކު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި ދުނިޔޭގެ حياة ގެ ޒީނަތްތެރިކަން އެދިވަޑައިގެން، އެމީހުން ފިޔަވައި ކަލޭގެފާނުގެ ދެލޯފުޅު އަނބުރުއްވައި ނުލައްވާށެވެ! (އެމީހުންނާ ދުރުވެ ވަކިވެވަޑައިނުގަންނަވާށެވެ!) އަދި ތިމަންރަސްކަލާނގެ އެމީހެއްގެ ހިތް ތިމަންރަސްކަލާނގެ ހަނދާންކުރުމާއި ذِكر ކުރުމުން މުޅިން غافل ކުރައްވާފައިވާ، އަދި އެމީހަކު އެމީހެއްގެ هوى نفس އާ تبع ވެގެންވާ މީހަކަށް ކިޔަމަންތެރިވެވަޑައިނުގަންނަވާށެވެ! އަދި އެފަދަމީހާގެ ކަންތައްވަނީ މުޅިން ގެއްލި ހަލާކުވެގެންނެވެ. ނުވަތަ حقّ އާއި خلاف ވެ ހިތާމަޔަކަށްވެފައެވެ.

Verse 29

وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّـٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا

Transliteration waquli l-ḥaqu min rabbikum faman shāa falyu'min waman shāa falyakfur innā aʿtadnā lilẓẓālimīna nāran aḥāṭa bihim surādiquhā wa-in yastaghīthū yughāthū bimāin kal-muh'li yashwī l-wujūha bi'sa l-sharābu wasāat mur'tafaqan

Dhivehi (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! "حقّ އެވަނީ ކަލޭމެންގެ ربّ ގެ حضرة ންނެވެ. (هداية ދެއްކެވުމާއި މަގުފުރެއްދެވުން ވަނީ ހަމަ އެކަލާނގެ حضرة ގައެވެ. ތިމަންކަލޭގެފާނަކަށް ނޫނެވެ.) ފަހެ އީމާންވާން އެދޭމީހަކު އެމީހަކު إيمان ވާށެވެ! އަދި ކާފަރުވާން އެދޭމީހަކު ފަހެ އެމީހަކު ކާފަރުވާށެވެ! (އެމީހަކު އެދޭގޮތެކެވެ.) " ހަމަކަށަވަރުން އަނިޔާވެރިންނަށް (مشرك ންވެސް ވަނީ ހަމަ އޭގެތެރޭންނެވެ.) ތިމަންރަސްކަލާނގެ އަލިފާނެއް ތައްޔާރުކުރެއްވީމެވެ. އެއީ ނަރަކައެވެ. އެ އަލިފާނުގެ ފޭލިގެތައް އަލިފާނާއި ދުމުގެ ފަރުދާތައް އެމީހުން ވަށައިގެން ވާނެއެވެ. އަދި އެމީހުން ފެނަށް އެދި އާދޭސްކުރުމުން ވިރިފައިވާ مَعْدَن ގެ ނުވަތަ ދޮހާއި ކަޅުލެއިގެ ފެނުން އެމީހުންނަށް ފެންދެވޭނެއެވެ. އޭގެސަބަބުން އެމީހުންގެ މޫނުތައް ފިހި އަނދައިގެންދާނެއެވެ. އެބުއިން އެއީވާ ނުބައިވެގެންވާ ބުއިމެކެވެ! އަދި އެތަނަކީ ގޮސްތިބެ ޖަމާވާން ނުބައިވެގެންވާ ތަނެކެވެ.

Verse 30

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا

Transliteration inna alladhīna āmanū waʿamilū l-ṣāliḥāti innā lā nuḍīʿu ajra man aḥsana ʿamalan

Dhivehi ހަމަކަށަވަރުން إيمان ވެގެން صالح عمل ތައްކުރިމީހުން ދަންނައެވެ! ހަމަކަށަވަރުން ރަނގަޅު ހެޔޮ عمل ން عمل ކުރިމީހުންގެ ދަރުމަ ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ.

Verse 31

أُو۟لَـٰٓئِكَ لَهُمْ جَنَّـٰتُ عَدْنٍ تَجْرِى مِن تَحْتِهِمُ ٱلْأَنْهَـٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَيَلْبَسُونَ ثِيَابًا خُضْرًا مِّن سُندُسٍ وَإِسْتَبْرَقٍ مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۚ نِعْمَ ٱلثَّوَابُ وَحَسُنَتْ مُرْتَفَقًا

Transliteration ulāika lahum jannātu ʿadnin tajrī min taḥtihimu l-anhāru yuḥallawna fīhā min asāwira min dhahabin wayalbasūna thiyāban khuḍ'ran min sundusin wa-is'tabraqin muttakiīna fīhā ʿalā l-arāiki niʿ'ma l-thawābu waḥasunat mur'tafaqan

Dhivehi އެތަންތާގެ ދަށުން އާރުތައް ދެމިދެމިހުންނަ، ގާއިމުވެތިބޭ ސުވަރުގެތައް އެމީހުންނަށް ހުންނަ ހުއްޓެވެ. އެމީހުން އެތާނގައި ރަނުންވާ އުޅާތައް އަޅާނެއެވެ. އަދި ފަށުވީގެ ތުނި އޮމާން ފޮއްޗާއި އަދި އޭގެ ބޯފަށުވީގެ ފެހިކުލައިގެ ހެދުންތައް ލާނެއެވެ. އަދި އެމީހުން އެސުވަރުގޭގައިވާ ސޯފާތަކުގައި ލެނގިގެން ތިބޭނެއެވެ. އެސުވަރުގެ އެއީ ثواب އާއި نعمة އެވެ. ރަނގަޅުވެގެންވާ نعمة އެވެ. އަދި އެއީ ގޮސްތިބެ އަރާމުކުރުމަށް ރަނގަޅުވެގެންވާ ތަނެވެ.

Verse 32

۞ وَٱضْرِبْ لَهُم مَّثَلًا رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَـٰبٍ وَحَفَفْنَـٰهُمَا بِنَخْلٍ وَجَعَلْنَا بَيْنَهُمَا زَرْعًا

Transliteration wa-iḍ'rib lahum mathalan rajulayni jaʿalnā li-aḥadihimā jannatayni min aʿnābin waḥafafnāhumā binakhlin wajaʿalnā baynahumā zarʿan

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް - يعني: އެ مشرك ންނަށް - ދެފިރިހެނެއްގެ مثال ޖައްސަވައިދެއްވާށެވެ! އެތަނުން އެކަކަށް (މުއްސަނދިމީހާއަށް) ތިމަންރަސްކަލާނގެ މޭބިސްކަދުރުގެ ދެބަގީޗާ ދެއްވީމެވެ. އަދި އެދެބަގީޗާގެ (މޭބިސްކަދުރުވެޔޮތައް) ވަށައިގެން ތިމަންރަސްކަލާނގެ ކަދުރުރުއް ލެއްވީމެވެ. އަދި އެދެބަގީޗާގެ ދެމެދުގައި ދަނޑުބިމެއް ލެއްވީމެވެ.

Verse 33

كِلْتَا ٱلْجَنَّتَيْنِ ءَاتَتْ أُكُلَهَا وَلَمْ تَظْلِم مِّنْهُ شَيْـًٔا ۚ وَفَجَّرْنَا خِلَـٰلَهُمَا نَهَرًا

Transliteration kil'tā l-janatayni ātat ukulahā walam taẓlim min'hu shayan wafajjarnā khilālahumā naharan

Dhivehi ދެބަގީޗާގެ ގަސްތަކުގައި މޭވާއައިސް ފައްކާވެފައިވެއެވެ. އޭގެ މޭވާއާއި نتيجة ގެތެރެއިން ކުޑަމިންވަރެއްވެސް މަދުވެ އުނިވެގެންނުވެއެވެ. އަދި އެދެބަގީޗާގެދެމެދުގައި (ގަސްތަކުގެތެރޭގައި) ތިމަންރަސްކަލާނގެ ފެންއާރެއް ފަޅުއްވައި ހިންގެވީމެވެ. (ހުރިހާ ގޮތަކުންވެސް ކަންތައްތައް އޭނާއަށް ބަރާބަރުވެގެންވެއެވެ.)

Verse 34

وَكَانَ لَهُۥ ثَمَرٌ فَقَالَ لِصَـٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا

Transliteration wakāna lahu thamarun faqāla liṣāḥibihi wahuwa yuḥāwiruhu anā aktharu minka mālan wa-aʿazzu nafaran

Dhivehi އަދި އޭނާއަށް ގިނަވެގެންވާ މޭވާވެއެވެ. (އަދި ރަނާއި ރިހި އަދި ގިނަމުދާވެއެވެ.) ދެންފަހެ އޭނާ އޭނާގެ އެކުވެރިޔާއާއި (فقير މީހާއާ) ވާހަކަދެއްކުމުގެތެރޭގައި ބުންޏެވެ. "ކަލެއަށްވުރެ އަހުރެން މުދާގިނަވެފައި އަދި މީހުން ގިނަވުމުގެގޮތުން މާ عزّة ތެރިއެވެ."

Verse 35

وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٌ لِّنَفْسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَـٰذِهِۦٓ أَبَدًا

Transliteration wadakhala jannatahu wahuwa ẓālimun linafsihi qāla mā aẓunnu an tabīda hādhihi abadan

Dhivehi އަދި އޭނާ އޭނާގެ ބަގީޗާއަށްވަނީ އޭނާގެ އަމިއްލަ نفس އަށް އަނިޔާވެރިވެގެންވާ حال ގައެވެ. (އެއީ محشر އަށް ފޮނުއްވުމާއިމެދު كافر ވުމާއި قيامة ވުމާ މެދު ޝައްކުވުމާއި މިބާވަތުގެ ކަންތަކުގެ ސަބަބުންނެވެ.) އޭނާ ބުންޏެވެ. އަހުރެން ހީކުރާގޮތުގައި އަހުރެންގެ މިމުދާ ދުވަހަކުވެސް ހަލާކުވެގެން ނުދާނެއެވެ.

Verse 36

وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّدِدتُّ إِلَىٰ رَبِّى لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا

Transliteration wamā aẓunnu l-sāʿata qāimatan wala-in rudidttu ilā rabbī la-ajidanna khayran min'hā munqalaban

Dhivehi އަދި (އޭނާ ބުންޏެވެ.) "އަހުރެން ހީކުރާގޮތުގައި ތިޔަބުނާ قيامة ދުވަހެއް ނާންނާނެއެވެ. (އަދި ކަލޭ ތިޔަބުނާގޮތަށް قيامة قائم ވެގެން) އަހުރެން އަހުރެންގެ ربّ ގެ حضرة އަށް ދެވުނުނަމަވެސް އަހުރެންގެ މިބަގީޗާއަށްވުރެ މާހެޔޮ ރަނގަޅުތަކެތި އަހުރެންނަށް އެނބުރި ދެވޭތަނުގެ ގޮތުން ލިބޭނެއެވެ."

Verse 37

قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرْتَ بِٱلَّذِى خَلَقَكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّىٰكَ رَجُلًا

Transliteration qāla lahu ṣāḥibuhu wahuwa yuḥāwiruhu akafarta bi-alladhī khalaqaka min turābin thumma min nuṭ'fatin thumma sawwāka rajulan

Dhivehi އޭނާގެ (فقير) އެކުވެރިޔާ އޭނާއަށް ވާހަކަދައްކާ حال ބުންޏެވެ. "ކަލޭ ކަލޭހެއްދެވި ކަލާނގެއަށް ކާފަރުވެއްޖައީމުއެވެ. އެކަލާނގެއީ ކަލޭގެ ބައްޕަ (آدم عليه السّلام) ވެލިން ހައްދަވައި އަދި ކަލޭ މަނިފޮދުވަރަކުން ހައްދަވައި ދެން ފުރިހަމަ ބަރާބަރު ފިރިހެނަކަށް ހެއްދެވި ކަލާނގެއެވެ."

Verse 38

لَّـٰكِنَّا۠ هُوَ ٱللَّهُ رَبِّى وَلَآ أُشْرِكُ بِرَبِّىٓ أَحَدًا

Transliteration lākinnā huwa l-lahu rabbī walā ush'riku birabbī aḥadan

Dhivehi އެހެނެއްކަމަކު އަހުރެން (އެކަލާނގެއަށް ކާފަރުނުވާހުށީމެވެ.) ﷲ އެއީ ކަނޑައެޅިގެން އަހުރެންގެ ربّ އެވެ. އަހުރެން އަހުރެންގެ ربّ އާއި ހަމައެކަކާއިވެސް شريك ނުކުރާހުރީމެވެ. ބައިވެރި ނުކުރާހުރީމެވެ.

Verse 39

وَلَوْلَآ إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ ۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالًا وَوَلَدًا

Transliteration walawlā idh dakhalta jannataka qul'ta mā shāa l-lahu lā quwwata illā bil-lahi in tarani anā aqalla minka mālan wawaladan

Dhivehi ކަލޭ ކަލޭގެ ބަގީޗާއަށް ވަތްއިރު "ﷲ އިރާދަކުރެއްވިގޮތެވެ. ﷲ ގެ حضرة ންމެނުވީ ބާރެއް ލިބުމެއް ނުވެއެވެ." މިފަދައިން ބުނިނަމައެވެ. (އެފަދައިން ނުބުނީ ކީއްވެހެއްޔެވެ؟) ކަލެއަށްވުރެ އަހުރެން މުދަލާއި ދަރިން މަދުކަމުގައި ކަލޭ ދުއްނަމަވެސްމެއެވެ.

Verse 40

فَعَسَىٰ رَبِّىٓ أَن يُؤْتِيَنِ خَيْرًا مِّن جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًا مِّنَ ٱلسَّمَآءِ فَتُصْبِحَ صَعِيدًا زَلَقًا

Transliteration faʿasā rabbī an yu'tiyani khayran min jannatika wayur'sila ʿalayhā ḥus'bānan mina l-samāi fatuṣ'biḥa ṣaʿīdan zalaqan

Dhivehi "އަހުރެންގެ ربّ އަހުރެންނަށް ކަލޭގެ ބަގީޗާއަށްވުރެ މާހެޔޮއެއްޗެތި ދެއްވުން أمّيد ކުރެވެއެވެ. އަދި ކަލޭގެ ބަގީޗާއަށް އެކަލާނގެ އުޑުން عذاب އެއް ފޮނުއްވައި އެތަނަކީ އެއްވެސް އެއްޗެއްނުވާ ފައިކައްސާލާކަހަލަ އޮމާން ހުސްބިމަކަށް ހައްދަވައިފާނެއެވެ.

Verse 41

أَوْ يُصْبِحَ مَآؤُهَا غَوْرًا فَلَن تَسْتَطِيعَ لَهُۥ طَلَبًا

Transliteration aw yuṣ'biḥa māuhā ghawran falan tastaṭīʿa lahu ṭalaban

Dhivehi ނުވަތަ އެތަނަކީ އެތާނގެ ފެން އެތާނގެ ބިމުގެ އަޑިއަށް އެކަށްވަދެގެންގޮސް ފެންފޮދެއް ނެތްތަނަކަށް ވެދާނެއެވެ. ދެން އޭރުން އެފެން ހޯދުމަށް ކަލެއަށް ކުޅަދާނަވެގެން ނުވާނެއެވެ." • ދަންނައެވެ! ކަންވީގޮތަކީވެސް އެއީއެވެ. ދެބަގީޗާގެވެރިޔާ ބަގީޗާއަށް ދިޔައިރު އެތަންއޮތީ އެކަށް ހަލާކުވެފައެވެ! ކޮންމެވެސް ބަލާއެއް ފޮނުއްވައި އެތަން މުޅިން ސުންނާފަތިވެ ހަލާކުވީއެވެ. އޭނާ އެތަންތަނަށް ކުރި خرد އާއި ހޭދައިގެ ބަދަލުގައި އެއްވެސް منفع އެއް ލިބެންނެތި ގަސްތައްވެރި ބަރުބާދުވެފައެވެ. ދެން މިލިޔާ ދެތިން އާޔަތުގައި އެވަނީ އެޔާބެހޭ ވާހަކައިގެ خلاصة އެވެ.

Verse 42

وَأُحِيطَ بِثَمَرِهِۦ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَآ أَنفَقَ فِيهَا وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَـٰلَيْتَنِى لَمْ أُشْرِكْ بِرَبِّىٓ أَحَدًا

Transliteration wa-uḥīṭa bithamarihi fa-aṣbaḥa yuqallibu kaffayhi ʿalā mā anfaqa fīhā wahiya khāwiyatun ʿalā ʿurūshihā wayaqūlu yālaytanī lam ush'rik birabbī aḥadan

Dhivehi އަދި އޭނާގެ މޭވާތައް (އޭނާގެ މުދާތައް) ވަށައިލެވިއްޖެއެވެ. އެބަހީ: އޭނާގެ މުދާތަކަށް ކޮންމެވެސް އާފާތެއް ﷲ ފޮނުއްވައި އެތަކެތި ހަލާކުކުރައްވައިފިއެވެ. ދެންފަހެ އޭނާ އެބަގީޗާއަށްކުރި خرد އާއި އަދި އެޔަށްޖެހިފައިވާ مصيبة ގެ ސަބަބުން އެކަމާ ހިތާމައިން އޭނާގެ ދެއަތްތިލަ ފުރޮޅާކަމުގައިވިއެވެ. އަދި އޭނާ ބުނެއެވެ. "އަހުރެން އަހުރެންގެ ربّ އާއި އެކައްޗަކާވެސް شريك ނުކުރެވުނުނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟"

Verse 43

وَلَمْ تَكُن لَّهُۥ فِئَةٌ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا

Transliteration walam takun lahu fi-atun yanṣurūnahu min dūni l-lahi wamā kāna muntaṣiran

Dhivehi އަދި އޭނާއަށް نصر ދީ އެހީތެރިވާނޭ އެއްވެސް جماعة އެއް ﷲ ފިޔަވައި އޭނާއަކަށް ނުވިއެވެ. އަދި (ﷲ ގެ عذاب) مَنَعَ ކުރެވޭނެމީހަކުކަމުގައި އޭނާ ނުވިއެވެ.

Verse 44

هُنَالِكَ ٱلْوَلَـٰيَةُ لِلَّهِ ٱلْحَقِّ ۚ هُوَ خَيْرٌ ثَوَابًا وَخَيْرٌ عُقْبًا

Transliteration hunālika l-walāyatu lillahi l-ḥaqi huwa khayrun thawāban wakhayrun ʿuq'ban

Dhivehi (قيامة ދުވަހުން) ވެރިކަމާއި مِلْكُ ވަނީ ހަމައެކަނި حقّ ވަންތަ ﷲ އަށެވެ. އެކަލާނގެއީ ثواب ދެއްވުމުގެގޮތުންނާއި އަދި ފަހުކޮޅުގެ ދަރުމަޔާއި جزاء ދެއްވުމުގެގޮތުން ހެޔޮވެގެންވާ ކަލާނގެއެވެ.

Verse 45

وَٱضْرِبْ لَهُم مَّثَلَ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَـٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ ٱلرِّيَـٰحُ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ مُّقْتَدِرًا

Transliteration wa-iḍ'rib lahum mathala l-ḥayati l-dun'yā kamāin anzalnāhu mina l-samāi fa-ikh'talaṭa bihi nabātu l-arḍi fa-aṣbaḥa hashīman tadhrūhu l-riyāḥu wakāna l-lahu ʿalā kulli shayin muq'tadiran

Dhivehi (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު އެމީހުންނަށް ދުނިޔޭގެ حياة ގެ މިސާލު ޖައްސަވައިދެއްވާށެވެ! އެއީ އުޑުން ތިމަންރަސްކަލާނގެ ބާވައިލެއްވި ފެނެއްގެ މިސާލެވެ. ވާރޭގަނޑެއްގެ މިސާލެވެ. ދެން އެވާރޭފެން ވެހި، އެފެނާއި ބިމުގެ ފަތްޕިލާވެލި އެކުވެ (ގަސްތައް ރަގަނޅުވެ ފައްކާވުމަށްފަހު) ދެން ގަސްތައްހިކި ކުދިކުދިވެ ވަޔަށް ބުރައިގެންދާފަދަ ކުނޑިތަކަކަށްވީއެވެ. އަދި ﷲ تعالى ކޮންމެކަމަކަށް ކުޅަދުންވަންތަ ކަލަކުކަމުގައި ވޮޑިގެންވިއެވެ. • ދަންނައެވެ. ﷲ تعالى ދުނިޔޭގެ حياة ގެ މިސާލު ފެނެއްގެ މިސާލުގައި މިޖެއްސެވީ ފެނަކީ އެއްތަނެއްގައި قائم ވެ އޮންނައެއްޗެއްނޫނެވެ. އެފަދައިން ދުނިޔެވެސް އެއް حالة އެއްގައި ނުއޮންނާނެއެވެ. ހަމައެފަދައިން ފެނަކީ އަބަދު އޮންނަ އެއްޗެއްނޫނެވެ. ދުނިޔެވެސް އެފަދައިން ދެމިނުއޮންނާނެއެވެ. ހަމައެފަދައިން ވަކިމިންވަރަކަށް ފެންހުރެއްޖެނަމަ منفع ކުރާނެއެވެ. ގިނަވެއްޖެއްޔާ ގެއްލުން ދީފާނެއެވެ. ދުނިޔެވެސް އެފަދައެވެ. ދުނިޔެއިން ފުދޭ ވަކިމިންވަރެއް ފައިދާކުރާނެއެވެ. ގިނބައިވަރުތަކުން ގެއްލުންކުރާނެއެވެ. - والله أعلم މިއީ حكمة ތެރިންގެ ބައެއްބަހެވެ.

Verse 46

ٱلْمَالُ وَٱلْبَنُونَ زِينَةُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱلْبَـٰقِيَـٰتُ ٱلصَّـٰلِحَـٰتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا

Transliteration al-mālu wal-banūna zīnatu l-ḥayati l-dun'yā wal-bāqiyātu l-ṣāliḥātu khayrun ʿinda rabbika thawāban wakhayrun amalan

Dhivehi މުދަލާއި ދަރިންނަކީ ދުނިޔޭގެ حياة ގެ ޒީނަތެކެވެ. އަދި بَاقِيَاتُ الصَّالِحَات އަކީ ކަލޭގެފާނުންގެ ربّ ގެ حضرة ގައި މާހެޔޮވެގެންވާ އެއްޗެކެވެ. ثواب ގެގޮތުންނާއި ފަހުކޮޅު ދަރުމަދެއްވުމުގެ މާހެޔޮވެގެންވެއެވެ. • ދަންނައެވެ. بَاقِيَاتُ الصَّالِحَات އަކާއިމެދު ދަންނަބޭކަލުންގެ މެދުގައި ބަސްތަފާތެވެ. ވަރަށްގިނަ ބޭކަލުން ވިދާޅުވަނީ އެއީ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ اْلعَظِيْم މިބަސްތައްކަމަށެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ فرض ފަސްނަމާދު ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ آخرة އަށްޓަކައި ކުރެވޭ ކޮންމެ صالح عمل އެއް ކަމަށެވެ. އެއީ ބުނާބަހެއްނަމަވެސް ކުރާ عمل އެއްނަމަވެސް ހަމަހަމައެވެ. އަދި މިނޫންގޮތްގޮތަށްވެސް ބުނެވެއެވެ. والله أعلم.

Verse 47

وَيَوْمَ نُسَيِّرُ ٱلْجِبَالَ وَتَرَى ٱلْأَرْضَ بَارِزَةً وَحَشَرْنَـٰهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا

Transliteration wayawma nusayyiru l-jibāla watarā l-arḍa bārizatan waḥasharnāhum falam nughādir min'hum aḥadan

Dhivehi އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ދުއްވައިލާ ވިއްސިވިހާލިކޮށްލައްވާ ދުވަސް (ހަނދުމަފުޅުކުރައްވާށެވެ!) އަދި ބިންގަނޑު އެއްވެސްއެއްޗެއްނެތި ހަމަ ހާމަޔަށް ވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. (ނުވަތަ އެބިމުގައި ވަޅުލެވިފައިވާހާ މީހުންނާއި ތަކެތި ނެރެ ފައުޅުވެގެން ވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.) އަދި އޭގެތެރެއިން އެކަކުވެސް ދޫނުކުރައްވައި ތިމަންރަސްކަލާނގެ އެމީހުން محشر ކުރައްވާހުށީމެވެ. އެއްކުރައްވާހުށީމެވެ.

Verse 48

وَعُرِضُوا۟ عَلَىٰ رَبِّكَ صَفًّا لَّقَدْ جِئْتُمُونَا كَمَا خَلَقْنَـٰكُمْ أَوَّلَ مَرَّةٍۭ ۚ بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًا

Transliteration waʿuriḍū ʿalā rabbika ṣaffan laqad ji'tumūnā kamā khalaqnākum awwala marratin bal zaʿamtum allan najʿala lakum mawʿidan

Dhivehi އަދި އެމީހުން ކަލޭގެފާނުންގެ ربّ ގެ حضرة އަށް ސަފަކަށް ހުށަހެޅޭނެއެވެ. (އަދި އެމީހުންނަށް އެންގޭނެއެވެ.) "ހަމަކަށަވަރުން ފުރަތަމަފަހަރު ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވިފަދައިން ތިމަންރަސްކަލާނގެ حضرة އަށް ކަލޭމެން ގެނެވުނީއެވެ. އަދި ކިއެއްހެއްޔެވެ. ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ހީކުރީ ތިމަންރަސްކަލާނގެ ކަލޭމެނަށް ކަނޑައެޅިގެންވާ ވަކިވަގުތެއް (އެބަހީ: ހިސާބުބައްލަވާ عمل ތަކަށް جزاء ދެއްވުމަށް) ވަކިވަގުތެއް ނުލައްވާނެކަމަށެވެ." (މިއީ قيامة ދޮގުކުރިމީހުންނަށް އެންގެވޭ އެންގެވުމެކެވެ.)

Verse 49

وَوُضِعَ ٱلْكِتَـٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَـٰوَيْلَتَنَا مَالِ هَـٰذَا ٱلْكِتَـٰبِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا

Transliteration wawuḍiʿa l-kitābu fatarā l-muj'rimīna mush'fiqīna mimmā fīhi wayaqūlūna yāwaylatanā māli hādhā l-kitābi lā yughādiru ṣaghīratan walā kabīratan illā aḥṣāhā wawajadū mā ʿamilū ḥāḍiran walā yaẓlimu rabbuka aḥadan

Dhivehi އަދި عمل ގެ ފަތް ބޭއްވެވިދެއެވެ. (އެބަހީ: عمل ގެ ފަތް ކޮންމެމީހެއްގެ އަތުގައި ބޭއްވިދެއެވެ.) ފަހެ مجرم ން -އެބަހީ: ނުބައިނުލަފާމީހުން - އެމީހުންގެ ފަތުގައިވާތަކެތި ދެކެފައި ބިރުން ސިހިގެންދާނެއެވެ. (ހިތާމަކޮށް ރޮއިހަދާނެއެވެ.) އަދި ބުނާނެއެވެ. "އަހުރެމެންގެމައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މިއީ ކޮންކަހަލަ ފަތެއްހެއްޔެވެ. ކިތައްމެ ކުޑަފާފައެއްވިޔަސް އަދި ބޮޑުފާފައެއްވިޔަސް އޭގައި ނުހިމަނާ ނުވެއެވެ. (ހުރިހާ އެއްޗެއް އެބަހުއްޓެވެ.) " އަދި އެމީހުން ދުނިޔޭގައި ކުރިނަމަކުރި عمل އެއް حاضر ވެގެންވާތީ އެމީހުން ދެކޭނެއެވެ.

Verse 50

وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ كَانَ مِنَ ٱلْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِۦٓ ۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوْلِيَآءَ مِن دُونِى وَهُمْ لَكُمْ عَدُوٌّۢ ۚ بِئْسَ لِلظَّـٰلِمِينَ بَدَلًا

Transliteration wa-idh qul'nā lil'malāikati us'judū liādama fasajadū illā ib'līsa kāna mina l-jini fafasaqa ʿan amri rabbihi afatattakhidhūnahu wadhurriyyatahu awliyāa min dūnī wahum lakum ʿaduwwun bi'sa lilẓẓālimīna badalan

Dhivehi އަދި آدم (عليه السّلام) އަށް سجدة ކުރުމަށް ملائكة ބޭކަލުންނަށް ތިމަންރަސްކަލާނގެ އެންގެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) ފަހެ إبليس މެނުވީ އެންމެހައި ملائكة ބޭކަލުން سجدة ކުރެއްވިއެވެ. އޭނާވީ جِنِّ ންގެތެރެއިންނެވެ. ފަހެ އޭނާ އޭނާގެ ربّ ގެ أمر ފުޅު ރައްދުކޮށް އެކަލާނގެ ކިޔަމަނުން ނުކުމެއްޖެއެވެ. آدم عليه السّلام އަށް سجدة ނުކުރިއެވެ. (އޭ آدم ގެދަރިންނޭވެ!) އެ إبليس އާއި އޭނާގެ ދަރިފަސްކޮޅު ކަލޭމެންގެ عدوّ ންކަމުގައިވާ حال ވެސް ކަލޭމެން ތިމަންރަސްކަލާނގެ ފިޔަވައި އެއީސަހަރޯވެރިންކަމުގައި ބަލައި إختيار ކުރަނީހެއްޔެވެ؟ ކާފަރު އަދި އަނިޔާވެރިންގެ ބަދަލަކީ ނުބައިވެގެންވާ ބަދަލެކެވެ. (އެއީ ﷲ އަށް ކިޔަމަންވުމުގެ ބަދަލުގައި إبليس އަށް ކިޔަމަންވުމެވެ.)

Verse 51

۞ مَّآ أَشْهَدتُّهُمْ خَلْقَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ ٱلْمُضِلِّينَ عَضُدًا

Transliteration mā ashhadttuhum khalqa l-samāwāti wal-arḍi walā khalqa anfusihim wamā kuntu muttakhidha l-muḍilīna ʿaḍudan

Dhivehi އަދި ތިމަންރަސްކަލާނގެ އުޑުތަކާއި ބިންހެއްދެވުމުގައި (އެހީތެރިވާން) إبليس އާއި އޭނާގެ ދަރިފަސްކޮޅު حاضر ނުކުރުވަމެވެ. އަދި އެމީހުން (އެއްބަޔަކު ހެއްދެވިއިރު އަނެއްބަޔަކުވެސް) حاضر ނުކުރުވަމެވެ. އަދި ވާގިވެރިންކަމުގައި މީސްތަކުން މަގުފުރައްދާ ބަޔަކު ހިއްޕަވާނޭކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ. (އަދި ކިއެއްހެއްޔެވެ. އެހުރިހާ ތަކެތި ހެއްދެވީ އެއްވެސް އެހީތެރި ވާގިވެރިއަކާނުލައި ހަމަ ތިމަންރަސްކަލާނގެ އެކަންޏެވެ.)

Verse 52

وَيَوْمَ يَقُولُ نَادُوا۟ شُرَكَآءِىَ ٱلَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًا

Transliteration wayawma yaqūlu nādū shurakāiya alladhīna zaʿamtum fadaʿawhum falam yastajībū lahum wajaʿalnā baynahum mawbiqan

Dhivehi (އަދި އެ مشرك ންނަށް) އެކަލާނގެ އަންގަވާދުވަސް (ހަނދުމަފުޅުކުރައްވާށެވެ!) (އެކަލާނގެ އަންގަވާނެއެވެ.) ތިމަންރަސްކަލާނގެއަށްވާ شريك ންކަމުގައި ކަލޭމެން ހީކުރި ފަރާތްތަކަށް ކަލޭމެން ގޮވާށެވެ! (އެއީ އެތަކެތި ކަލޭމެނަށް نصر ދީ ތިމަންރަސްކަލާނގެ عذاب مَنَعَ ކުރާށެވެ.) ދެންފަހެ އެމީހުން އެތަކެއްޗަށް ގޮވާނެއެވެ. އަދި އެތަކެތި އެމީހުންނަށް އެއްވެސް جواب އެއް ނުދޭނެއެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނާއި އެމީހުން އެހީކުރި شريك ންތަކާ ދެމެދު عداوة ތެރިކަމެއް ލެއްވީމެވެ. / ނުވަތަ ނަރަކައިގެ ވާދީއެއް ލެއްވީމެވެ. / ނުވަތަ ހަލާކުވާނެތަނެއް ލެއްވީމެވެ.

Verse 53

وَرَءَا ٱلْمُجْرِمُونَ ٱلنَّارَ فَظَنُّوٓا۟ أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا۟ عَنْهَا مَصْرِفًا

Transliteration waraā l-muj'rimūna l-nāra faẓannū annahum muwāqiʿūhā walam yajidū ʿanhā maṣrifan

Dhivehi އަދި ނުބައި ނުލަފާމީހުން (مجرم ން) ނަރަކަ ދެކޭނެއެވެ. އަދި އެމީހުން އެތަނަށް ވަންނާނެކަން އެމީހުންނަށް އެނގޭނެއެވެ. އަދި އެތަނާ ދުރަށް (އެއިން ބަޗައިގަންނާނެގޮތެއް) ދާނެ އެއްވެސްގޮތެއް އެމީހުންނަކަށް ނުފެންނާނެއެވެ.

Verse 54

وَلَقَدْ صَرَّفْنَا فِى هَـٰذَا ٱلْقُرْءَانِ لِلنَّاسِ مِن كُلِّ مَثَلٍ ۚ وَكَانَ ٱلْإِنسَـٰنُ أَكْثَرَ شَىْءٍ جَدَلًا

Transliteration walaqad ṣarrafnā fī hādhā l-qur'āni lilnnāsi min kulli mathalin wakāna l-insānu akthara shayin jadalan

Dhivehi އަދި ހަމަކަށަވަރުން ހުރިހާ ވައްތަރެއްގެ މިސާލެއް މީސްތަކުންނަށްޓަކައި މި قرآن ގައި ތިމަންރަސްކަލާނގެ ޖައްސަވާހެއްދެވީމެވެ. އަދި އިންސާނާ ވަނީ جدل ކުރުންބޮޑު، އިދިކޮޅުހެދުން ގަދަ މީހަކުކަމުގައެވެ.

Verse 55

وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰ وَيَسْتَغْفِرُوا۟ رَبَّهُمْ إِلَّآ أَن تَأْتِيَهُمْ سُنَّةُ ٱلْأَوَّلِينَ أَوْ يَأْتِيَهُمُ ٱلْعَذَابُ قُبُلًا

Transliteration wamā manaʿa l-nāsa an yu'minū idh jāahumu l-hudā wayastaghfirū rabbahum illā an tatiyahum sunnatu l-awalīna aw yatiyahumu l-ʿadhābu qubulan

Dhivehi އަދި މީސްތަކުންގެގާތަށް ތެދުމަގު އައުމަށްފަހު އެމީހުން إيمان ވުމުން މަނާވެ އެމީހުން ގެ ربّ ގެ حضرة ގައި ފާފަފުއްސެވުމަށް ދެންނެވުން މަނާވީކަމެއްކަމުގައި އިހުޒަމާނުގެ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ އެގެންދެވި أصول އަދި އެގޮތް އެމީހުންނަށްވެސް އައުން ކަމުގައިމެނުވީ ނުވެއެވެ. އެއީ عذاب އަންނަންދެން އީމާންނުވެ ތިބުމެވެ. ނުވަތަ ކުއްލިއަކަށް ނުވަތަ ހަމަފައުޅުގައި އެމީހުންނަށް عذاب އައުންކަމުގައިމެނުވީ ނުވެއެވެ.

Verse 56

وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۚ وَيُجَـٰدِلُ ٱلَّذِينَ كَفَرُوا۟ بِٱلْبَـٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ ۖ وَٱتَّخَذُوٓا۟ ءَايَـٰتِى وَمَآ أُنذِرُوا۟ هُزُوًا

Transliteration wamā nur'silu l-mur'salīna illā mubashirīna wamundhirīna wayujādilu alladhīna kafarū bil-bāṭili liyud'ḥiḍū bihi l-ḥaqa wa-ittakhadhū āyātī wamā undhirū huzuwan

Dhivehi އަދި އުފާވެރިކަމުގެ خبر ދެއްވާ ބޭކަލުންކަމުގައްޔާއި އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލުންކަމުގައި މެނުވީ ތިމަންރަސްކަލާނގެ رسول ބޭކަލުން ނުފޮނުއްވަމެވެ. (އެބަހީ: ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީ ތިމަންރަސްކަލާނގެއަށް ކިޔަމަންވާ އަޅުންނަށް قيامة ދުވަހުން ސުވަރުގެޔާއި އެތާނގެ ތަފާތު نعمة ތައް ހުރިކަމުގެ އުފާވެރިކަމުގެ خبر ދެއްވުމަށާއި އަދި ތިމަންރަސްކަލާނގެއަށް ނުކިޔަމަންތެރިވީ އަޅުންނަށް قيامة ދުވަހުން ނަރަކައާއި އެތާނގެ ތަފާތު عذاب ހުރިކަމުގެ ބިރުވެރި خبر ދެއްވުމަށެވެ.) އަދި ކާފަރުވެއްޖެ މީސްތަކުން باطل އަދި ތާކުންތާކުނުޖެހޭ دليل ތަކުން جدل ކޮށްހަދައެވެ. އެއީ حقّ ނެތިކޮށްލައި حقّ ފިލުވައިލުމަށެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތަކާއި އެމީހުންނަށް إنذار ކުރެވުނު އަދި ބިރުގެންނެވުނުތަކެތި އެއީ މަލާމާތާއި ފުރައްސާރަޔަކަށް ހަދައިލިއެވެ. • ދަންނައެވެ! މިއާޔަތުގައިއެވާ آيَاتِي އޭ އޮތްބަސްފުޅުގެ މުރާދުކުރައްވަނީ ކީރިތި قرآن އާއި ދެންވެސް ބާވައިލެއްވި وحي އެވެ. އަދި އެމީހުންނަށް إنذار ވެވުނުތަކެތީގެ މުރާދަކީ رسول ބޭކަލުންނަށް ދެއްވުނު معجزة ތަކާއި عَادَ ފޫވައްޓަވައިފަނިވި ކަންތައްތަކެވެ. މިހުރިހާ ތަކެއްޗަކީ މަލާމާތްކުރެވޭ، باطل އަދި ކުޅިވަރުކަމުގައި ކާފަރުންތައް ހަދައިލިއެވެ.

Verse 57

وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَـٰتِ رَبِّهِۦ فَأَعْرَضَ عَنْهَا وَنَسِىَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۖ وَإِن تَدْعُهُمْ إِلَى ٱلْهُدَىٰ فَلَن يَهْتَدُوٓا۟ إِذًا أَبَدًا

Transliteration waman aẓlamu mimman dhukkira biāyāti rabbihi fa-aʿraḍa ʿanhā wanasiya mā qaddamat yadāhu innā jaʿalnā ʿalā qulūbihim akinnatan an yafqahūhu wafī ādhānihim waqran wa-in tadʿuhum ilā l-hudā falan yahtadū idhan abadan

Dhivehi އަދި އެމީހެއްގެ ގާތުގައި އެމީހެއްގެ ربّ ގެ އާޔަތްތައް ހަނދާންކޮށްދެވުމަށްފަހު ދެން އެ آية ތަކުން އޭނާ މޫނު އަނބުރައިލާ އަދި އޭނާކޮށްފައިވާ ފާފަތައް ހަނދާންނައްތާލި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުހުންނާނެއެވެ.) ހަމަކަށަވަރުން އެމީހުންގެ ހިތްތަކުގެމަތީގައި އެމީހުންނަށް ނުވިސްނޭނޭގޮތުން ތިމަންރަސްކަލާނގެ މައްޗެއް ނުވަތަ ހުރަހެއް ލެއްވީމެވެ. އަދި އެމީހުންގެ ކަންފަތްތަކުގެމަތީގައި ބައްކަމެއް (ބަރުކަމެއް) ލެއްވީމެވެ. ފަހެ ކަލޭގެފާނު އެމީހުންނަށް ތެދުމަގަށް ކިތަންމެވަރަކަށް ގޮވާލެއްވިޔަސް ހަމަހިލާދުވަހަކުވެސް އެމީހުންނަކަށް ތެދުމަގެއް ނުލިބޭނެއެވެ.

Verse 58

وَرَبُّكَ ٱلْغَفُورُ ذُو ٱلرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا۟ لَعَجَّلَ لَهُمُ ٱلْعَذَابَ ۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا۟ مِن دُونِهِۦ مَوْئِلًا

Transliteration warabbuka l-ghafūru dhū l-raḥmati law yuākhidhuhum bimā kasabū laʿajjala lahumu l-ʿadhāba bal lahum mawʿidun lan yajidū min dūnihi mawilan

Dhivehi (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނުންގެ ربّ އެއީ ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ. އަދި އެއީ رحمة ގެވެރިކަލާނގެއެވެ. އަދި އެމީސްތަކުންކުރާ ފާފަޔާއި ނުލަފާ ކަންތަކުގެ ސަބަބުން އެމީހުން ހިއްޕަވާނެނަމަ ހަމަކަށަވަރުން އެމީހުންނަށް عذاب އަވަސްކުރައްވައިފީހެވެ. އަދި އެހެންނަމަވެސް އެމީހުންނަށް (عذاب ދެއްވުމުގެ) ވަކިވަގުތެއް ކަނޑައެޅިގެން ވެއެވެ. (އެއީ قيامة ދުވަހެވެ.) އަދި އެކަލާނގެ ފިޔަވައި އެމީހުން ސަލާމަތްވާންދާނެތަނެއް އަދި ސަލާމަތްކޮށްދޭނެމީހަކު އެމީހުންނަކަށް ނުވާނެއެވެ.

Verse 59

وَتِلْكَ ٱلْقُرَىٰٓ أَهْلَكْنَـٰهُمْ لَمَّا ظَلَمُوا۟ وَجَعَلْنَا لِمَهْلِكِهِم مَّوْعِدًا

Transliteration watil'ka l-qurā ahlaknāhum lammā ẓalamū wajaʿalnā limahlikihim mawʿidan

Dhivehi އަދި ތިމަންރަސްކަލާނގެ އެހަލާކުކުރެއްވި ހުރިހާ ރަށްރަށެއް އެރަށްރަށުގެ أهل ވެރިން އަނިޔާވެރިވީހިނދުން އެރަށްރަށް ހަލާކުކުރެއްވުމަށް ތިމަންރަސްކަލާނގެ ވަކިވަގުތެއް ކަނޑައެޅުއްވީމެވެ. (އެކަނޑައެޅުއްވި ވަގުތު އެރަށްރަށް ހަލާކުވެގެންދިޔައީއެވެ. އެކަންކަމުން މި مكّة ގެ أهل ވެރިން عبرة حاصل ކުރުންހުއްޓެވެ.)

Verse 60

وَإِذْ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبْرَحُ حَتَّىٰٓ أَبْلُغَ مَجْمَعَ ٱلْبَحْرَيْنِ أَوْ أَمْضِىَ حُقُبًا

Transliteration wa-idh qāla mūsā lifatāhu lā abraḥu ḥattā ablugha majmaʿa l-baḥrayni aw amḍiya ḥuquban

Dhivehi އަދި موسى (عليه السّلام) އެކަލޭގެފާނުންގެ އަރިހުގައިވާ ޒުވާނާއަށް (يُوْشَعُ بنُ نُون އަށް) ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. "مَجْمَعَ الْبَحْرَيْنِ އެވެ ކިޔާތަނަށް (ދެކަނޑު އެއްވާތަނަށް - ދެކަނޑުގުޅޭތަނަށް) ދެވިއްޖައުމަށްދާންދެން ނުވަތަ އެތަކެއްދުވަސްތަކެއް ނުވަތަ އަހަރުތަކެއްވަންދެން އަހުރެމެންގެ މިދަތުރު ހުއްޓައިނުލާ ކުރިޔަށްދާހުށީމެވެ."

Verse 61

فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ سَرَبًا

Transliteration falammā balaghā majmaʿa baynihimā nasiyā ḥūtahumā fa-ittakhadha sabīlahu fī l-baḥri saraban

Dhivehi ދެންފަހެ އޭގެ ދެބޭކަލުން އެހިސާބަށް ވަޑައިގެންނެވުނުހިނދުން (އެބަހީ: އެދެކަނޑުގުޅޭ ހިސާބަށް) ވަޑައިގެންނެވުނުހިނދުން އެދެބޭކަލުން (ގެންގޮސްފައިވާ) މަހުގެ މަތިން އެދެބޭކަލުން ހަނދުމަފުޅު ނެތިއްޖެއެވެ. އަދި އެމަސް އޭތިދިޔަގޮތް އެނގޭގޮތަށް ކަނޑުގައި މަގެއް ހަދައިފާ އޭތި ހިނގައްޖެއެވެ. (އެއީ ހޮރެއްގޮތަށް ހެދިފައިވާ މަގެކެވެ.)

Verse 62

فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا

Transliteration falammā jāwazā qāla lifatāhu ātinā ghadāanā laqad laqīnā min safarinā hādhā naṣaban

Dhivehi ދެންފަހެ އޭގެ ދެބޭކަލުން އެތަން ފަހަނަޅައިކުރިޔަށް ވަޑައިގެންނެވުނުހިނދުން موسى (عليه السّلام) އެކަލޭގެފާނުންގެ ޒުވާނާއަށް ވިދާޅުވިއެވެ. "އަހުރެމެންގެ މެންދުރުގެ ކާނާގެންނާށެވެ! ހަމަކަށަވަރުން އަހުރެމެންގެ މިދަތުރުގައި އަހުރެމެންނަށް އުނދަގުލާއި ވަރުބަލިކަން ޖެހިއްޖެއެވެ."

Verse 63

قَالَ أَرَءَيْتَ إِذْ أَوَيْنَآ إِلَى ٱلصَّخْرَةِ فَإِنِّى نَسِيتُ ٱلْحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيْطَـٰنُ أَنْ أَذْكُرَهُۥ ۚ وَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ عَجَبًا

Transliteration qāla ara-ayta idh awaynā ilā l-ṣakhrati fa-innī nasītu l-ḥūta wamā ansānīhu illā l-shayṭānu an adhkurahu wa-ittakhadha sabīlahu fī l-baḥri ʿajaban

Dhivehi އެޒުވަނާ ދެންނެވިއެވެ. "ކަލޭގެފާނު ނިކަން ބައްލަވާށެވެ! އަހުރެމެން އެހިލަގަނޑުގެ ކައިރީގައި އަރާމުކޮށްލުމަށް ތިބިހިނދު އެމަހުގެމަތީން އަހުރެން ހަނދާންނެތިއްޖެއެވެ. އަދި އަހުރެން އެމަސްމަތިން ހަނދާންނައްތުވައިލީ شيطان އާކަމުގައިމެނުވީ ނުވެއެވެ."

Verse 64

قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَٱرْتَدَّا عَلَىٰٓ ءَاثَارِهِمَا قَصَصًا

Transliteration qāla dhālika mā kunnā nabghi fa-ir'taddā ʿalā āthārihimā qaṣaṣan

Dhivehi އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. "އަހުރެން އެދޭތަނަކީ އެއީއެވެ." ދެންފަހެ އެދެބޭކަލުން އެދެބޭކަލުން ވަޑައިގެންނެވިމަގުގެ އަސަރާ تبع ވެގެން އައިކޮޅަށް رجوع ވެވަޑައިގެންފިއެވެ. (އެމަސް ދިރިގެން ދިޔަ ހިސާބަށް ވަޑައިގެންފިއެވެ.)

Verse 65

فَوَجَدَا عَبْدًا مِّنْ عِبَادِنَآ ءَاتَيْنَـٰهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَـٰهُ مِن لَّدُنَّا عِلْمًا

Transliteration fawajadā ʿabdan min ʿibādinā ātaynāhu raḥmatan min ʿindinā waʿallamnāhu min ladunnā ʿil'man

Dhivehi ދެންފަހެ އެތަނުން އޭގެދެބޭކަލުން، ތިމަންރަސްކަލާނގެ އަޅުންކުރެ އަޅަކު ދެކެވަޑައިގެންފިއެވެ. އެއަޅަކީ ތިމަންރަސްކަލާނގެ حضرة ން އެއަޅާއަށް رحمة އެއް (خاصّ رحمة އެއް) ދެއްވާފައިވާ އަޅެކެވެ. އަދި އެއަޅާއަށް ތިމަންރަސްކަލާނގެ (خاصّ) علم އެއް އުގަންނަވައިދެއްވީމެވެ. އެއީ (خَضِرُ عليه السّلام ކަމުގައި مفسّر ން ވިދާޅުވިއެވެ.)

Verse 66

قَالَ لَهُۥ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا

Transliteration qāla lahu mūsā hal attabiʿuka ʿalā an tuʿallimani mimmā ʿullim'ta rush'dan

Dhivehi موسى عليه السّلام އެބޭކަލަކަށް ވިދާޅުވިއެވެ. "ތެދުމަގާއި حقّ ގެތެރެއިން ކަލޭގެފާނަށް އުގަންނަވައިދެއްވިފައިވާ ތަކެތީގެތެރެއިން އަހުރެންނަށް ކަލޭގެފާނު އުގަންނަވައިދެއްވުމުގެ މައްޗަށް ކަލޭގެފާނާ އަހުރެން تبع ވަންތޯއެވެ؟ (ކަލޭގެފާނުންގެ އަރިހުގައި އަހުރެން ގެންދަވާނުތޯއެވެ؟) "

Verse 67

قَالَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا

Transliteration qāla innaka lan tastaṭīʿa maʿiya ṣabran

Dhivehi އެބޭކަލަކު ވިދާޅުވިއެވެ. "ހަމަކަށަވަރުން ކަލޭގެފާނަށް އަހުރެންނާ އެކު ކެތްތެރިވެވަޑައިގެން ހުންނެވުމަކަށް ކުޅަދާނަފުޅު ނުވާނެއެވެ.

Verse 68

وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِۦ خُبْرًا

Transliteration wakayfa taṣbiru ʿalā mā lam tuḥiṭ bihi khub'ran

Dhivehi އެކަމެއްގެ އެއްވެސް އެނގުމެއް އަދި خبر އެއް ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވާކަމެއްގެމައްޗަށް ކަލޭގެފާނު ކެތްކުރައްވާނީ ކޮންފަދައަކުންތޯއެވެ؟"

Verse 69

قَالَ سَتَجِدُنِىٓ إِن شَآءَ ٱللَّهُ صَابِرًا وَلَآ أَعْصِى لَكَ أَمْرًا

Transliteration qāla satajidunī in shāa l-lahu ṣābiran walā aʿṣī laka amran

Dhivehi އެކަލޭގެފާނު يعني: موسى (عليه السّلام) ވިދާޅުވިއެވެ. "ﷲ އިރާދަކުރެއްވިއްޔާ ކަލޭގެފާނު އަހުރެން ދެކެވަޑައިގަންނަވާނީ ކެތްތެރިއަކު ކަމުގައެވެ. އަދި ކަލޭގެފާނުންގެ އަމުރުފުޅަކަށް އަހުރެން ނުއުރެދޭހުށީމެވެ."

Verse 70

قَالَ فَإِنِ ٱتَّبَعْتَنِى فَلَا تَسْـَٔلْنِى عَن شَىْءٍ حَتَّىٰٓ أُحْدِثَ لَكَ مِنْهُ ذِكْرًا

Transliteration qāla fa-ini ittabaʿtanī falā tasalnī ʿan shayin ḥattā uḥ'ditha laka min'hu dhik'ran

Dhivehi އެބޭކަލަކު ވިދާޅުވިއެވެ. "ކަލޭގެފާނު އަހުރެންނާ تبع ވެވަޑައިގަންނަވަންޏާ (އަހުރެންނާއެކު ވަޑައިގަންނަވަންޏާ) އެއްވެސްއެއްޗަކާ މެދު އަދި އެއްވެސްކަމަކާ މެދު އަހުރެން އެކަމެއް بيان ކޮށްދެއްވުމުގެގޮތުން ކަލޭގެފާނާ ފަށައިގެން ވާހަކަދައްކަވައިފުމަށްދާންދެން އެއްވެސްކަމަކާ މެދު އަހުރެންނާ ސުވާލު ނުކުރައްވާށެވެ!"

Verse 71

فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِى ٱلسَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْـًٔا إِمْرًا

Transliteration fa-inṭalaqā ḥattā idhā rakibā fī l-safīnati kharaqahā qāla akharaqtahā litugh'riqa ahlahā laqad ji'ta shayan im'ran

Dhivehi ދެންފަހެ އެދެބޭކަލުން - އެބަހީ: موسى عليه السّلام އާ خَضِرُ عليه السّلام އާއި ދެބޭކަލުން (އެކުއެކުގައި) ވަޑައިގެންފިއެވެ. އެއީ އެދެބޭކަލުން ނަވަކަށް އަރާވަޑައިގެންފުމަށްދާންދެނެވެ. (ދެން އެދެބޭކަލުން ނަވަށް އަރާވަޑައިގެން ހަމަޖެހިވަޑައިގަތުމަށްފަހު) خَضِرُ عليه السّلام އެނައުގެ (ފިލައެއް ނައްޓުވާލައްވާ) ނައު ފޫވައްޓަވާލައްވައިފިއެވެ. موسى عليه السّلام ވިދާޅުވިއެވެ. "ކަލޭގެފާނު އެނަވުގެ أهل ވެރިން غرق ކޮށްލެއްވުމަށްޓަކައި އެނައު ފޫވައްޓާލެއްވީތޯއެވެ؟ ހަމަކަށަވަރުން ތިޔަކުރެއްވީ ބޮޑުވެގެންވާ منكراة އެކެވެ."

Verse 72

قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا

Transliteration qāla alam aqul innaka lan tastaṭīʿa maʿiya ṣabran

Dhivehi خَضِرُ عليه السّلام ވިދާޅުވިއެވެ. "ކަލޭގެފާނަށް އަހުރެންނާއެކު ކެތްތެރިވެވަޑައިގެން ނުހުންނެވޭނެ ވާހަކަ އަހުރެން ނުދަންނަވަންތޯއެވެ." (އެބަހީ: ދެންނެވީމެވެ.)

Verse 73

قَالَ لَا تُؤَاخِذْنِى بِمَا نَسِيتُ وَلَا تُرْهِقْنِى مِنْ أَمْرِى عُسْرًا

Transliteration qāla lā tuākhidh'nī bimā nasītu walā tur'hiq'nī min amrī ʿus'ran

Dhivehi موسى عليه السّلام ވިދާޅުވިއެވެ. "އަހުރެންނަށް ހަނދާންނެތުނުކަމަކާ މެދު ކަލޭގެފާނު އަހުރެން ކުށެއްކުރިކަމުގައި ނުބައްލަވާށެވެ. އަދި އަހުރެންގެ ކަންތަކުގައި އަހުރެންނަށް ކަލޭގެފާނު ދަތި އުނދަގޫ ނުޖައްސަވާށެވެ."

Verse 74

فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَـٰمًا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًا زَكِيَّةًۢ بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْـًٔا نُّكْرًا

Transliteration fa-inṭalaqā ḥattā idhā laqiyā ghulāman faqatalahu qāla aqatalta nafsan zakiyyatan bighayri nafsin laqad ji'ta shayan nuk'ran

Dhivehi ދެންފަހެ އޭގެދެބޭކަލުން އެވަޑައިގަންނަވާމަގުން ވަޑައިގެންފިއެވެ. އެއީ އެދެބޭކަލުން ކުޑަކުއްޖަކާ ބައްދަލުވެވަޑައިގެންފުމަށްދާންދެންނެވެ. ދެންފަހެ خَضِرُ عليه السّلام އެކުއްޖާ މަރުއްވާލައްވައިފިއެވެ. موسى عليه السّلام ވިދާޅުވިއެވެ. "އެއްވެސްމީހެއްގެ މަރުގެ ބަދަލަކާ ނުލައި ހަމަ طاهر نفس އެއް ކަލޭގެފާނު ތިޔަ މަރުއްވާލެއްވީތޯއެވެ؟ ހަމަކަށަވަރުން ތިޔަކުރެއްވީ ވަރަށްވެސް ބޮޑުވެގެންވާ منكراة އެކެވެ."

Verse 75

۞ قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا

Transliteration qāla alam aqul laka innaka lan tastaṭīʿa maʿiya ṣabran

Dhivehi خَضِرُ عليه السّلام ވިދާޅުވިއެވެ. ކަލޭގެފާނަށް އަހުރެންނާއެކު ކެތްތެރިވެވަޑައިނުގެންނެވޭނެވާހަކަ ކަލޭގެފާނަށް އަހުރެން ނުދަންނަވަންތޯއެވެ؟ އެބަހީ: ދެންނެވީމެވެ.

Verse 76

قَالَ إِن سَأَلْتُكَ عَن شَىْءٍۭ بَعْدَهَا فَلَا تُصَـٰحِبْنِى ۖ قَدْ بَلَغْتَ مِن لَّدُنِّى عُذْرًا

Transliteration qāla in sa-altuka ʿan shayin baʿdahā falā tuṣāḥib'nī qad balaghta min ladunnī ʿudh'ran

Dhivehi موسى عليه السّلام ވިދާޅުވިއެވެ. މިފަހަރަށްފަހު ދެން އަހުރެން ކަލޭގެފާނާއި ސުވާލުކޮށްފިއްޔާ ދެން ކަލޭގެފާނު އަހުރެންނާއެކު ނުއުޅުއްވާނީއެވެ. އޭރުން ހަމަކަށަވަރުން (ކަލޭގެފާނު އަހުރެންނާ ވަކިވެވަޑައިގެންނެވުމަށް) އަހުރެންގެފަރާތުން عُذُرُ އެއް ކަލޭގެފާނަށް ލިބިވަޑައިގެންފިނޫންތޯއެވެ؟

Verse 77

فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهْلَ قَرْيَةٍ ٱسْتَطْعَمَآ أَهْلَهَا فَأَبَوْا۟ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَن يَنقَضَّ فَأَقَامَهُۥ ۖ قَالَ لَوْ شِئْتَ لَتَّخَذْتَ عَلَيْهِ أَجْرًا

Transliteration fa-inṭalaqā ḥattā idhā atayā ahla qaryatin is'taṭʿamā ahlahā fa-abaw an yuḍayyifūhumā fawajadā fīhā jidāran yurīdu an yanqaḍḍa fa-aqāmahu qāla law shi'ta lattakhadhta ʿalayhi ajran

Dhivehi ދެންފަހެ އޭގެދެބޭކަލުން (އަލުންވެސް) އެވަޑައިގަންނަވާގޮތަށް ވަޑައިގެންފިއެވެ. އެއީ އެދެބޭކަލުން ރަށެއްގެ أَهل ވެރިންތަކަކާއި ހަމައަށް ވަޑައިގެންފުމަށްދާންދެނެވެ. އަދި އެދެބޭކަލުން އެރަށުގެ أهلވެރިންގެ ކިބައިން ކާއެތިކޮޅަކަށް އެދިވަޑައިގެންނެވިއެވެ. އަދި އެބައިމީހުން އެދެބޭކަލުންނަށް ކާއެތިކޮޅު ދިނުމުން (މެހްމާންދާރީ އަދާކުރުމުން) މަނާވެގެންފިއެވެ. (ކާއެތިކޮޅު ނުދެއްވިއެވެ. ދެން އެދެބޭކަލުން އެތަނުން ވަޑައިގެންނެވީއެވެ.) އަދި ވެއްޓޭން ގާތްވެފައިވާ ފާރެއް އެދެބޭކަލުން އެރަށުން ދެކެވަޑައިގެންނެވިއެވެ. ދެން خَضِرُ عليه السّلام އެފާރު ތެދުކުރައްވާ ރަނގަޅަށް قائم ކުރެއްވިއެވެ. موسى عليه السّلام ވިދާޅުވިއެވެ. ކަލޭގެފާނު އެދިވަޑައިގެންފިއްޔާ ތިޔަކުރެއްވި ކަންތަކުގެމައްޗަށް އުޖޫރައެއް ހިތްޕެވިދާނެއެވެ.

Verse 78

قَالَ هَـٰذَا فِرَاقُ بَيْنِى وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا

Transliteration qāla hādhā firāqu baynī wabaynika sa-unabbi-uka bitawīli mā lam tastaṭiʿ ʿalayhi ṣabran

Dhivehi އެކަލޭގެފާނު يعني: (خَضِر عليه السّلام) ވިދާޅުވިއެވެ. މިފަހަރު ދެން މިއީ އަހުރެންނާއި ކަލޭގެފާނާއި ދެމެދު ވަކިވާ ފަހަރެވެ. އަދި ކަލޭގެފާނު އެކަންކަމުގެ މައްޗަށް ކެތްތެރިވެވަޑައިގެންނެވުމަށް ކުޅަދާނަ ފުޅުވެވަޑައިނުގެންނެވުނު ކަންކަމުގެ خبر ނިކަންހުރެ އަހުރެން ކަލޭގެފާނަށް ދަންނަވާ بيان ކޮށްދެއްވާހުށީމެވެ.

Verse 79

أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَـٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا

Transliteration ammā l-safīnatu fakānat limasākīna yaʿmalūna fī l-baḥri fa-aradttu an aʿībahā wakāna warāahum malikun yakhudhu kulla safīnatin ghaṣban

Dhivehi އެނައު ދަންނައެވެ. އެނައު އެއީ ނިކަމެތި މިސްކީނުބަޔަކުގެ އެއްޗެކެވެ. އެމީހުން ކުއްޔަށް މީހުން އުފުލުމަށް ކަނޑުގައި ދަތުރުކުރަނީއެވެ. ދެންފަހެ އަހުރެން قصد ކުރީ އެނައު އައިބު ކޮށްލާށެވެ. އެހެނީ އެމީހުން އެދާދިމާލުގައި (އަނިޔާވެރި) ރަސްކަލެއްވެއެވެ. އެރަސްގެފާނު އެގޮތަށް ސަލާމަތުން އައިބެއް ނެތިވާ ކޮންމެ ނަވެއް غَصْبُ ން އަތުލައިގަނެއެވެ. (އެހެންވެ އެނައު އައިބު ކޮށްލީއެވެ. ބުނެވެނީ ދެން އެނައު އައިކޮޅަށް އަނބުރާފައިގޮސް ރަސްގެފާނުންގެ އަތުން ސަލާމަތްވީކަމަށެވެ.)

Verse 80

وَأَمَّا ٱلْغُلَـٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَـٰنًا وَكُفْرًا

Transliteration wa-ammā l-ghulāmu fakāna abawāhu mu'minayni fakhashīnā an yur'hiqahumā ṭugh'yānan wakuf'ran

Dhivehi އަދި އެކުޑަކުއްޖާ ދަންނައެވެ. އެކުއްޖާގެ މައިންބަފައިންނަކީ ދެ مؤمن ންކަމުގައިވިއެވެ. (އަދި އެކުއްޖާއަކީ ނުބައި ނުލަފާ ކުއްޖަކުކަމުގައިވިއެވެ. އަދި އެއްރިވާޔަތެއްގައިވަނީ އެއީ ކާފަރުވާނެ ކުއްޖެއްކަމަށެވެ.) ދެންފަހެ އެކުއްޖާ ބޮޑުވެގެން އެކުއްޖާގެ މައިންބަފައިންނަށް ނުކިޔަމަންތެރިކަމާއި ކާފަރުކަން ޖައްސައިފާނެކަމަށް އަހުރެން ބިރުގަތީއެވެ. (އެހެންވެ އެކުއްޖާ މެރީއެވެ.)

Verse 81

فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَوٰةً وَأَقْرَبَ رُحْمًا

Transliteration fa-aradnā an yub'dilahumā rabbuhumā khayran min'hu zakatan wa-aqraba ruḥ'man

Dhivehi އަދި އަހުރެން އެދުނީ އެކުއްޖާގެ ބަދަލުގައި އެދެމީހުންނަށް ދީންވެރިކަމާއި طاهر ކަމާއި އަދި رَحم އާއި އޯގާވެރިކަމުގެގޮތުން މާހެޔޮ ރަނގަޅު ދަރިއަކު ދެއްވުމަށެވެ.

Verse 82

وَأَمَّا ٱلْجِدَارُ فَكَانَ لِغُلَـٰمَيْنِ يَتِيمَيْنِ فِى ٱلْمَدِينَةِ وَكَانَ تَحْتَهُۥ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَـٰلِحًا فَأَرَادَ رَبُّكَ أَن يَبْلُغَآ أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ وَمَا فَعَلْتُهُۥ عَنْ أَمْرِى ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا

Transliteration wa-ammā l-jidāru fakāna lighulāmayni yatīmayni fī l-madīnati wakāna taḥtahu kanzun lahumā wakāna abūhumā ṣāliḥan fa-arāda rabbuka an yablughā ashuddahumā wayastakhrijā kanzahumā raḥmatan min rabbika wamā faʿaltuhu ʿan amrī dhālika tawīlu mā lam tasṭiʿ ʿalayhi ṣabran

Dhivehi އަދި އެފާރު ދަންނައެވެ. އެއީ އެރަށުގައިވާ يتيم ދެކުދިންގެ ފާރެއްކަމުގައިވިއެވެ. އަދި އެތާނގެ ދަށުގައި އެދެކުދިންނަށްވާ خزانة އެއްވެއެވެ. އަދި އެދެކުދިންގެ ބައްޕައަކީ صالح މާތްމީހަކުކަމުގައިވިއެވެ. ދެންފަހެ ކަލޭގެފާނުންގެ ربّ އެދިވޮޑިގެންނެވީ އެދެކުދީން ބޮޑުވެ تصرّف ފުދުމަށްފަހު އެދެކުދިންނަށް އެދެކުދިންގެ خزانة ނެރެދެއްވުމަށެވެ. އެއީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. އަދި އަހުރެން އެކަންކަން ކުރީ އަހުރެންގެ އަމިއްލަ رَأى އާއި ވިސްނުމަކަށްނޫނެވެ. (އެންގެވުމެއްގެމަތީންނެވެ.) ކަލޭގެފާނަށް އެކަންކަމުގެމައްޗަށް ކެތްތެރިވެ ވަޑައިނުގެންނެވުނު ކަންކަމުގެ تفسير އަކީ އަދި ބަޔާނަކީ އެއީއެވެ.

Verse 83

وَيَسْـَٔلُونَكَ عَن ذِى ٱلْقَرْنَيْنِ ۖ قُلْ سَأَتْلُوا۟ عَلَيْكُم مِّنْهُ ذِكْرًا

Transliteration wayasalūnaka ʿan dhī l-qarnayni qul sa-atlū ʿalaykum min'hu dhik'ran

Dhivehi (އޭ رسول ﷲ އެވެ.) އެމީހުން - (يعني: يهودي ންބުނެގެން مشرك ން ބުނެއެވެ.) ذُوْالْقَرْنَيْنِ އާއި ބެހޭގޮތުން ކަލޭގެފާނާއި ސުވާލުކުރާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ނިކަންހުރެ ކަލޭމެނަށް އަހުރެން އެކަލޭގެފާނުންގެ خبر (وحي ގެ ذريعة އިން) ކިޔައިދޭހުރީމެވެ. • ދަންނައެވެ. ذُوْالْقَرْنَيْنِ އަކީ ކޮން ބޭކަލެއްކަމާމެދު تفسير علم ވެރިންގެ ފޮތްތަކާއި تاريخ ފޮތްތަކުގައި إختلاف ތަކެއްވެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. أبوجعفر الطبري ގެ تفسير ގައި ބުނެވިގެންވެއެވެ. އެއީ رُوم ކަރައިގެ ޒުވާނެކެވެ. އަދި ހަމަ އެފޮތުގައި وَهب بن مُنَبّة ގެ އަރިހުން ރިވާވެގެންވަނީ އެއީ ملائكة ބޭކަލެއްކަމަށެވެ. އަދި زبدة التّفسير ގައިވަނީ އޭނާއަކީ الإسْكَنْدَر بن فيليبوس ކަމަށެވެ. އަދި މިނޫންވެސް ވަރަށްގިނަ ގޮތްގޮތަށް ކިޔާފައިވެއެވެ. ކޮންމެޔަކަސް އެއީ ﷲ އެބޭކަލަކަށް ވަރަށްގިނަ وَسِيْلة ތަކެއް ދެއްވާފައިވާ ބޭކަލެކެވެ. އެ ވަސީލަތްތަކުގެ ބާރުގައި އެކަލޭގެފާނު ވަރަށްގިނަ ކަންތައްތައް ކުރެއްވިކަމުގައި قرآن ގައި މިވަނީ ﷲ އަހުރެމެންނަށް އަންގަވާފައެވެ. އެގޮތަށް އަހުރެމެން إيمان ވާންޖެހޭނެއެވެ. والله أعلم.

Verse 84

إِنَّا مَكَّنَّا لَهُۥ فِى ٱلْأَرْضِ وَءَاتَيْنَـٰهُ مِن كُلِّ شَىْءٍ سَبَبًا

Transliteration innā makkannā lahu fī l-arḍi waātaynāhu min kulli shayin sababan

Dhivehi (ﷲ وحي ކުރެއްވިއެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ބިމުގައި تَمْكِيْنُ ކޮށް ދެއްވީމެވެ. އެބަހީ: ކަންތައްތައް ކުރެވޭނެގޮތް ހަމަޖައްސައިދެއްވީމެވެ. އަދި ކޮންމެ ކަމެއްގެ علم އާއި އެކަންވެވޭނެމަގު ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.

Verse 85

فَأَتْبَعَ سَبَبًا

Transliteration fa-atbaʿa sababan

Dhivehi - (86) ދެންފަހެ އެކަލޭގެފާނު އެ علم އާއި وسيلة ތަކާއި تبع ވެވަޑައިގެން ދަތުރުފަތުރުކުރައްވާ އިރުއޮއްސޭ ހިސާބަށް ވަޑައިގެންނެވިއެވެ. (އެތަން تفسير ކުރެއްވި ބައެއްބޭކަލުން ވިދާޅުވަނީ އެއީ مغرب ފަރާތުގެ بَرُّ ނިމެންދެން ވަޑައިގެންނެވިކަމަށެވެ. ދެން ކުރިމަތީގައި އޮތީ ކަނޑެވެ. އެއީ مُحِيْطُ الهَادِى އެވެ. ޕެސިފިކް އޯޝަންއެވެ.) އަދި ކަޅުމަށި ފެންގަނޑަކަށް އިރު އޮއްސޭތީ އެކަލޭގެފާނުދެކެވަޑައިގެންނެވިއެވެ. (އެއީ ބަލާބެލުމަށް ފެންނަގޮތްކަމުގައި تفسير علم ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެއެވެ. والله أعلم) އަދި އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. (އެއީ ކާފަރުބަޔަކުކަމުގައިވިއެވެ.) (ﷲ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އެންގެވީމެވެ.) އޭ ذُوْالْقَرْنَيْنِ އެވެ. އެހެންޏާ ކަލޭގެފާނު އެމީހުންނަށް عذاب ދެއްވުމެވެ. (އެބަހީ: އެމީހުން ﷲ ގެ އެއްކައުވަންތަކަން قبول ނުކޮށް އަދި ކަލޭގެފާނަށް ކިޔަމަންނުވެއްޖެއްޔާ އެމީހުން މެރުމެވެ.) އެހެންޏާ އެމީހުން ހައްޔަރުކޮށް އެމީހުންނަށް ތެދުމަގުދައްކަވާށެވެ. دعوة ދެއްވާށެވެ!

Verse 86

حَتَّىٰٓ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِى عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا ۗ قُلْنَا يَـٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْنًا

Transliteration ḥattā idhā balagha maghriba l-shamsi wajadahā taghrubu fī ʿaynin ḥami-atin wawajada ʿindahā qawman qul'nā yādhā l-qarnayni immā an tuʿadhiba wa-immā an tattakhidha fīhim ḥus'nan

Dhivehi - (86) ދެންފަހެ އެކަލޭގެފާނު އެ علم އާއި وسيلة ތަކާއި تبع ވެވަޑައިގެން ދަތުރުފަތުރުކުރައްވާ އިރުއޮއްސޭ ހިސާބަށް ވަޑައިގެންނެވިއެވެ. (އެތަން تفسير ކުރެއްވި ބައެއްބޭކަލުން ވިދާޅުވަނީ އެއީ مغرب ފަރާތުގެ بَرُّ ނިމެންދެން ވަޑައިގެންނެވިކަމަށެވެ. ދެން ކުރިމަތީގައި އޮތީ ކަނޑެވެ. އެއީ مُحِيْطُ الهَادِى އެވެ. ޕެސިފިކް އޯޝަންއެވެ.) އަދި ކަޅުމަށި ފެންގަނޑަކަށް އިރު އޮއްސޭތީ އެކަލޭގެފާނުދެކެވަޑައިގެންނެވިއެވެ. (އެއީ ބަލާބެލުމަށް ފެންނަގޮތްކަމުގައި تفسير علم ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެއެވެ. والله أعلم) އަދި އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. (އެއީ ކާފަރުބަޔަކުކަމުގައިވިއެވެ.) (ﷲ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އެންގެވީމެވެ.) އޭ ذُوْالْقَرْنَيْنِ އެވެ. އެހެންޏާ ކަލޭގެފާނު އެމީހުންނަށް عذاب ދެއްވުމެވެ. (އެބަހީ: އެމީހުން ﷲ ގެ އެއްކައުވަންތަކަން قبول ނުކޮށް އަދި ކަލޭގެފާނަށް ކިޔަމަންނުވެއްޖެއްޔާ އެމީހުން މެރުމެވެ.) އެހެންޏާ އެމީހުން ހައްޔަރުކޮށް އެމީހުންނަށް ތެދުމަގުދައްކަވާށެވެ. دعوة ދެއްވާށެވެ!

Verse 87

قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُۥ ثُمَّ يُرَدُّ إِلَىٰ رَبِّهِۦ فَيُعَذِّبُهُۥ عَذَابًا نُّكْرًا

Transliteration qāla ammā man ẓalama fasawfa nuʿadhibuhu thumma yuraddu ilā rabbihi fayuʿadhibuhu ʿadhāban nuk'ran

Dhivehi އެކަލޭގެފާނު ދެންނެވިއެވެ. އަނިޔާވެރިވެއްޖެމީހާ - އެބަހީ: شرْكُ މަތީ ދެމިހުރެއްޖެމީހާ - ދަންނައެވެ. ފަހެ ނިކަންހުރެ އެމީހަކަށް އަހުރެން عذاب ދައްކާހުށީމެވެ. މަރާހުށީމެވެ. ދެން އެމީހަކު އެމީހަކުގެ ربّ ގެ حضرة އަށް ފޮނުވާހުށީމެވެ. ދެން އެކަލާނގެ އެމީހަކަށް ގަދަވެގެންވާ عذاب (قيامة ދުވަހުން) ދެއްވާހުއްޓެވެ.

Verse 88

وَأَمَّا مَنْ ءَامَنَ وَعَمِلَ صَـٰلِحًا فَلَهُۥ جَزَآءً ٱلْحُسْنَىٰ ۖ وَسَنَقُولُ لَهُۥ مِنْ أَمْرِنَا يُسْرًا

Transliteration wa-ammā man āmana waʿamila ṣāliḥan falahu jazāan l-ḥus'nā wasanaqūlu lahu min amrinā yus'ran

Dhivehi އަދި އީމާންވެގެން صالح عمل ކުރިމީހާ ދަންނައެވެ. ފަހެ އެމީހަކަށް ރަނގަޅު جزاء ހުއްޓެވެ. އެއީ ސުވަރުގެއެވެ. އަދި އެމީހަކަށް ފަސޭހަ ލުއިގޮތަކަށް އަހުރެން عمل ކުރާހުށީމެވެ. އެއީ ﷲ އާއި ކުއްތަންވެވޭފަދަ عمل ކުރެވޭނެފަދަގޮތަކަށް މަގުދައްކާ معاملة ކުރާހުށީމެވެ.

Verse 89

ثُمَّ أَتْبَعَ سَبَبًا

Transliteration thumma atbaʿa sababan

Dhivehi ދެން އެކަލޭގެފާނު އެކަލޭގެފާނުންގެ މަގާއި تبع ވެވަޑައިގެން (އަލުންވެސް ކުރިޔަށް) ވަޑައިގެންފިއެވެ.

Verse 90

حَتَّىٰٓ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًا

Transliteration ḥattā idhā balagha maṭliʿa l-shamsi wajadahā taṭluʿu ʿalā qawmin lam najʿal lahum min dūnihā sit'ran

Dhivehi އެއީ އިރުއަރާތަނާއި ހަމައަށް ވަޑައިގެންފުމަށްދާންދެނެވެ. އެކަލޭގެފާނު ދެކެވަޑައިގެންނެވީ ބަޔަކުމީހުންގެމައްޗަށް އެ އިރުއަރާތީއެވެ. އެމީހުންނާއި އެއިރާއިދެމެދު އެއްވެސް ހުރަހެއް ނިވަލެއް ނުވެއެވެ. (ބުނެވެނީ އެމީހުން އެއުޅޭތަނަކީ އެއްވެސް ފަރުބަދައެއްނެތް އަދި ބިނާއެއް ކުރުމަށް އެކަށީގެންނުވާ ބިމެއްކަމަށެވެ. އިރުއަރާ ހޫނުވީމާ ހަރުހަރުހަދައި އެތަންތަނަށް ވަންނަކަމުގައި ވިއެވެ. ނުވަތަ ފެންފެންގަނޑަށް ގެނބޭކަމުގައިވިއެވެ.)

Verse 91

كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًا

Transliteration kadhālika waqad aḥaṭnā bimā ladayhi khub'ran

Dhivehi އަދި ހަމަކަށަވަރުން އެރަސްގެފާނުންގެ ކިބައިގައިވާ علم އާއި تجربة ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. (زبدة التفسير) ނުވަތަ އިރުއަރާތާނގައިވާ އެންމެހައި ތަކެތި ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އެތާނގައިވާ އެންމެހައި خلق ތަކުންވެސް ތިމަންރަސްކަލާނގެއަށް ވަންހަނާވެގެން ނުވެއެވެ. = تفسير الطبري =

Verse 92

ثُمَّ أَتْبَعَ سَبَبًا

Transliteration thumma atbaʿa sababan

Dhivehi ދެން އަލުންވެސް އެކަލޭގެފާނު އެކަލޭގެފާނުންގެ މަގާއި تبع ވެވަޑައިގެން (ސަބަބުތަކުގައި ހިއްޕަވައިގެން) ވަޑައިގެންނެވިއެވެ.

Verse 93

حَتَّىٰٓ إِذَا بَلَغَ بَيْنَ ٱلسَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًا لَّا يَكَادُونَ يَفْقَهُونَ قَوْلًا

Transliteration ḥattā idhā balagha bayna l-sadayni wajada min dūnihimā qawman lā yakādūna yafqahūna qawlan

Dhivehi އެއީ ދެފަރުބަދައިގެ ދެމެދަށް ވަޑައިގެންފުމަށްދާންދެނެވެ. އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. މީހުން ދައްކާވާހަކަ فَهْمُ ކުރުމަށް ވިސްނައިގަތުމަށް އެމީހުން ގާތްވެސް ނުވެއެވެ.

Verse 94

قَالُوا۟ يَـٰذَا ٱلْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِى ٱلْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰٓ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا

Transliteration qālū yādhā l-qarnayni inna yajūja wamajūja muf'sidūna fī l-arḍi fahal najʿalu laka kharjan ʿalā an tajʿala baynanā wabaynahum saddan

Dhivehi އެމީހުން ދެންނެވިއެވެ. އޭ ذوالْقَرْنَيْنِ އެވެ. ހަމަކަށަވަރުން يَأْجُوْجُ وَمَأْجُوْج ގެ މީހުންނަކީ ބިމުގައި ފަސާދަކުރާ ބައެކެވެ. އެހެންވެ ކަލޭގެފާނު އަހުރެމެންއަތުން ޖިޒީއެއް (ޓެކްހެއް) ނަންގަވާށެވެ. އެއީ އަހުރެމެންނާއި އެބައިމީހުންނާއިދެމެދު ކަލޭގެފާނު ހުރަހެއް ލައިދެއްވުމުގެ މައްޗަށެވެ.

Verse 95

قَالَ مَا مَكَّنِّى فِيهِ رَبِّى خَيْرٌ فَأَعِينُونِى بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا

Transliteration qāla mā makkannī fīhi rabbī khayrun fa-aʿīnūnī biquwwatin ajʿal baynakum wabaynahum radman

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް އަހުރެންގެ ربّ ދެއްވާފައިވާ ބާރާއި ސާމާނު (ކަލޭމެންގެ ޖިޒީއާއި ޓެކްހަށްވުރެ) މާހެޔޮވެގެންވެއެވެ. ކަލޭމެން ބާރުގެގޮތުން އެބަހީ: މަސައްކަތް ހިންގާނެމީހުންގެގޮތުން އަހުރެންނަށް އެހީވެދޭށެވެ. ބޭނުންވަނީ މަސައްކަތް ހިންގާނެމީހުންނެވެ. އޭރުން ކަލޭމެންނާއި އެމީހުންނާއި ދެމެދު އަހުރެން ހުރަހެއް - (ފާރެއް) ލައިދޭނަމެވެ.

Verse 96

ءَاتُونِى زُبَرَ ٱلْحَدِيدِ ۖ حَتَّىٰٓ إِذَا سَاوَىٰ بَيْنَ ٱلصَّدَفَيْنِ قَالَ ٱنفُخُوا۟ ۖ حَتَّىٰٓ إِذَا جَعَلَهُۥ نَارًا قَالَ ءَاتُونِىٓ أُفْرِغْ عَلَيْهِ قِطْرًا

Transliteration ātūnī zubara l-ḥadīdi ḥattā idhā sāwā bayna l-ṣadafayni qāla unfukhū ḥattā idhā jaʿalahu nāran qāla ātūnī uf'righ ʿalayhi qiṭ'ran

Dhivehi ކަލޭމެން އަހުރެންގެގާތަށް ދަގަނޑު ބުރިބުރި (ދަގަނޑުގެ ބައިވަރުތައް) ގެންނާށެވެ. އެއީ ދެފަރުބަދައިގެ ކޮޅާއި ހަމަވާންދެންނެވެ. (ދެން އެމީހުން އެކަންތައް އެގޮތަށް ކުރީމާ ވިދާޅުވިއެވެ.) ދެން ކަލޭމެން އެތަނަށް އަލިފާންލައި ރޯކޮށް ފުމެހަދާށެވެ. އެއީ އެހުރިހާ ދަގަނޑު އަލިފާނަށްވާންދެންނެވެ. ވިރޭންދެންނެވެ. ދެން ވިރުނީމާ ކަލޭމެން އަހުރެންގެގާތަށް އެތަކެތި ގެންނާށެވެ. އަހުރެން އެތަކެތި އެތަނަށް އޮއްސާހުށީމެވެ. (ދެން އެކަލޭގެފާނު އެމީހުންގެ އެހީއާއިއެކު ވަރުގަދަ ބޮޑުފާރެއް ލެއްވީއެވެ. އެމީހުންވަނީ އެފާރުގެ އަނެއްފަރާތުގައެވެ. والله أعلم)\n• ދަންނައެވެ. މިއާޔަތްތަކުގައި بيان ވެގެންވާ يَأجوج ومأجوج މީހުންގެ ވާހަކައާއި އަދި އެމީހުން އެހެންމީހުންގެތެރެއަށް އަޔަނުދިނުމަށް ذوالقرنين ލެއްވި ބޮޑުފާރުގެ ވާހަކަ تفسير ފޮތްތަކާއި تاريخ ފޮތްތަކުގައި އެކި عبارة ން ބަޔާންވެގެންވެއެވެ. އެއީ ދިގު ރިވާޔަތްތަކެކެވެ. އެވާހަކަތައް އަދި އެހެން فرصة އެއްގައި بيان ކުރެވޭތޯ ބަލާނީއެވެ. ކޮންމެއަކަސް މި يَأجوج ومأجوج މީހުން އަދި قيامة قائم ވުމާއި ގާތުގައި ދުނިޔެއަށް އަންނާނެ ވާހަކައާއި އެއީ عمر ދިގު އަދި މީހުން ގިނަ ބައެއްކަމާއި އެމީހުންނަކީ ގިނަބާވަތުގެ އެއްޗެތި ކައިބޮއިހަދާ ބައެއްކަމާއި މިވާހަކަތައްވެސް އެފޮތްތަކުގައި بيان ވެގެންވެއެވެ. މިއާޔަތްތަކުގައި އެވަނީ އޭގެ إشارة ތަކެކެވެ. والله أعلم.

Verse 97

فَمَا ٱسْطَـٰعُوٓا۟ أَن يَظْهَرُوهُ وَمَا ٱسْتَطَـٰعُوا۟ لَهُۥ نَقْبًا

Transliteration famā is'ṭāʿū an yaẓharūhu wamā is'taṭāʿū lahu naqban

Dhivehi (ذُوا الْقَرْنَيْنِ އެފާރުލައްވާ ނިންމެވީމާ ދެން يَأجوج ومأجوج ގެ މީހުންނަށް އެއްގޮތަކަށްވެސް މީސްތަކުންގެތެރެއަށް އަންނާކަށް ކުޅަދާނައެއް ނުވިއެވެ. އެވާހަކަ ﷲ تعالى وحي ކުރައްވާފައި މިވަނީއެވެ.) އެމީހުންނަށް އެފާރުގެމައްޗަށް އަރާކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެފާރު ފޫވައްޓައިލާކަށްވެސް ކުޅަދާނަ ނުވިއެވެ.

Verse 98

قَالَ هَـٰذَا رَحْمَةٌ مِّن رَّبِّى ۖ فَإِذَا جَآءَ وَعْدُ رَبِّى جَعَلَهُۥ دَكَّآءَ ۖ وَكَانَ وَعْدُ رَبِّى حَقًّا

Transliteration qāla hādhā raḥmatun min rabbī fa-idhā jāa waʿdu rabbī jaʿalahu dakkāa wakāna waʿdu rabbī ḥaqqan

Dhivehi (އެރަސްގެފާނު) ވިދާޅުވިއެވެ. މިއީ ތިމަންކަލޭގެފާނުގެ ربّ ގެ رحمة އެކެވެ. ދެންފަހެ އެބައިމީހުން ނުކުތުމަށް ތިމަންކަލޭގެފާނުންގެ ربّ ގެ وعد ފުޅާއި أمر ފުޅުގެ ވަގުތު އައުމުން އެކަލާނގެ އެފާރު ހަލާކުކުރައްވައި ބިމާ ހަމަހަމަކުރައްވާނެތެވެ. އަދި އަހުރެންގެ ربّ ގެ وعد ފުޅު އެއީ حقّ ވެގެންވާ އެއްޗެއްކަމުގައިވިއެވެ. (އެބަހީ: يقين ންވެސް އެކަންވާނެއެވެ. އެމީހުން އެފާރު ހަލާކުކޮށް ނިކުންނާނީ قيامة ވުމާއި ގާތްކޮށެވެ. އެއީ دَجَّالُ ގެފަހުންނެވެ. تفسير ފޮތްތަކުގައި އެވާހަކަ އެގޮތަށްވެއެވެ. والله أعلم)

Verse 99

۞ وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِى بَعْضٍ ۖ وَنُفِخَ فِى ٱلصُّورِ فَجَمَعْنَـٰهُمْ جَمْعًا

Transliteration wataraknā baʿḍahum yawma-idhin yamūju fī baʿḍin wanufikha fī l-ṣūri fajamaʿnāhum jamʿan

Dhivehi އަދި ތިމަންރަސްކަލާނގެ އެދުވަހުން (يَأجوج ومأجوج ގެ މީހުން އެފާރު ފޫވައްޓާލާފައި ނުކުންނަ ދުވަހުން ނުވަތަ / قيامة ދުވަހުން) އެއްބަޔަކު އަނެއްބަޔަކާ މައްސުނިވެ އެކުވާގޮތަށް އެމީހުން ދޫކޮށްލާހުށީމެވެ. ޖިންނީންނާއި އިންސާނުންވެސް އެކުވެ އެއްތަނެއްގައިވާނެއެވެ. އަދި (قيامة ދުވަހުން) ތާޅަފިލި ފުންމަވާލެވިއްޖެއްޔާ ދެން ތިމަންރަސްކަލާނގެ އެ އެންމެންއެކީ އެކައްޗަކަށް ޖަމާކުރައްވާހުށީމެވެ.

Verse 100

وَعَرَضْنَا جَهَنَّمَ يَوْمَئِذٍ لِّلْكَـٰفِرِينَ عَرْضًا

Transliteration waʿaraḍnā jahannama yawma-idhin lil'kāfirīna ʿarḍan

Dhivehi އަދި އެ قيامة ދުވަހުން ކާފަރުންނަށްޓަކައި ތިމަންރަސްކަލާނގެ ނަރަކަ ހުށަހަޅުއްވާހުށީމެވެ. ހާމަކުރައްވާ ފާޅުކުރައްވާހުށީމެވެ.

Verse 101

ٱلَّذِينَ كَانَتْ أَعْيُنُهُمْ فِى غِطَآءٍ عَن ذِكْرِى وَكَانُوا۟ لَا يَسْتَطِيعُونَ سَمْعًا

Transliteration alladhīna kānat aʿyunuhum fī ghiṭāin ʿan dhik'rī wakānū lā yastaṭīʿūna samʿan

Dhivehi އެމީހުންނަކީ އެމީހުންގެ (ހިތުގެ) ލޯތައް ތިމަންރަސްކަލާނގެއަށް ذِكْرُ ކުރުމާއި حقّ ބަސް قبول ކުރުމުން މުޅިން ނިވައިވެ އަނދިރިވެގެންވާ މީހުންނެވެ. އަދި އެއްވެސް حقّ ބަހެއް އަދި دليل އެހުމަށް ކުޅަދާނަވެގެންނުވާ ބަޔަކުކަމުގައި އެމީހުންވިއެވެ.

Verse 102

أَفَحَسِبَ ٱلَّذِينَ كَفَرُوٓا۟ أَن يَتَّخِذُوا۟ عِبَادِى مِن دُونِىٓ أَوْلِيَآءَ ۚ إِنَّآ أَعْتَدْنَا جَهَنَّمَ لِلْكَـٰفِرِينَ نُزُلًا

Transliteration afaḥasiba alladhīna kafarū an yattakhidhū ʿibādī min dūnī awliyāa innā aʿtadnā jahannama lil'kāfirīna nuzulan

Dhivehi އަދި ތިމަންރަސްކަލާނގެ صالح އަޅުން (ملائكة ބޭކަލުންނާ عيسى عليه السّلام ފަދަ صالح އަޅުން) ތިމަންރަސްކަލާނގެ ފިޔަވައި އެމީހުންގެ وَلِيُّ ންކަމުގައި ހިފައި إختيار ކުރުމަށް ކާފަރުންގެ މީހުން ހީކުރަނީހެއްޔެވެ؟ (އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެބޭކަލުންނަކީ އެކާފަރުންގެ عداوة ތެރިންނެވެ.) އަދި ކާފަރުވީ މީސްތަކުން قيامة ދުވަހުން ފައިބައިތިބޭ މެހްމާންޚާނާއެއްކަމުގައި ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރީމެވެ.

Verse 103

قُلْ هَلْ نُنَبِّئُكُم بِٱلْأَخْسَرِينَ أَعْمَـٰلًا

Transliteration qul hal nunabbi-ukum bil-akhsarīna aʿmālan

Dhivehi (އޭ رسول ﷲ އެވެ.) عمل ގައި އެންމެ ގެއްލުންބޮޑުވެގެންވާ ބައެއްގެ خبر ކަލޭމެންނަށް ތިމަންކަލޭގެފާނު ދެއްވަންތޯއެވެ؟ މިހެން ވިދާޅުވާށެވެ.

Verse 104

ٱلَّذِينَ ضَلَّ سَعْيُهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا

Transliteration alladhīna ḍalla saʿyuhum fī l-ḥayati l-dun'yā wahum yaḥsabūna annahum yuḥ'sinūna ṣun'ʿan

Dhivehi އެމީހުންނަކީ ދުނިޔޭގެ حياة ގައި އެއްވެސް ތެދުމަގެއްނެތި މަގުފުރެދުމުގައި عمل ކުރި މީހުންނެވެ. އަދި އެމީހުން ހީކުރަނީ ހަމަކަށަވަރުން އެމީހުން އެކުރަނީ ހަމަ ހެޔޮކަންތައްކަމަށެވެ.

Verse 105

أُو۟لَـٰٓئِكَ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ رَبِّهِمْ وَلِقَآئِهِۦ فَحَبِطَتْ أَعْمَـٰلُهُمْ فَلَا نُقِيمُ لَهُمْ يَوْمَ ٱلْقِيَـٰمَةِ وَزْنًا

Transliteration ulāika alladhīna kafarū biāyāti rabbihim waliqāihi faḥabiṭat aʿmāluhum falā nuqīmu lahum yawma l-qiyāmati waznan

Dhivehi އެމީހުންނަކީ އެމީހުންގެ ربّ ގެ އާޔަތްތަކަށާއި އަދި އެކަލާނގެއާއި ބައްދަލުވާނޭކަމާމެދު އެބަހީ: آخرة ދުވަސް އަންނާނެކަމާމެދު ކާފަރުވެގެންވާ މީހުންނެވެ. ދެންފަހެ އެމީހުން ކުރި އެންމެހައި ހެޔޮ عمل باطل ވެގެންވެއެވެ. އަދި قيامة ދުވަހުން އެމީހުންގެ ހެޔޮ عمل ގެ އެއްވެސް ثواب އެއް ތިމަންރަސްކަލާނގެ ބަރުނުކުރައްވާހުށީމެވެ.

Verse 106

ذَٰلِكَ جَزَآؤُهُمْ جَهَنَّمُ بِمَا كَفَرُوا۟ وَٱتَّخَذُوٓا۟ ءَايَـٰتِى وَرُسُلِى هُزُوًا

Transliteration dhālika jazāuhum jahannamu bimā kafarū wa-ittakhadhū āyātī warusulī huzuwan

Dhivehi އެމީހުން އެގޮތަށް ކަންތައްކުރުމުން އެމީހުންގެ جزاء އަކީ ނަރަކައެވެ. އެއީ އެމީހުން ކާފަރުވުމުގެ ސަބަބުންނެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތަކާއި ތިމަންރަސްކަލާނގެ رسول ން އެއީ މަލާމާތްކުރެވޭ ފުރައްސާރަކުރެވޭ އެއްޗަކަށް އެމީހުން ހަދައިލުމުގެ ސަބަބުންނެވެ.

Verse 107

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ كَانَتْ لَهُمْ جَنَّـٰتُ ٱلْفِرْدَوْسِ نُزُلًا

Transliteration inna alladhīna āmanū waʿamilū l-ṣāliḥāti kānat lahum jannātu l-fir'dawsi nuzulan

Dhivehi ހަމަކަށަވަރުން إيمان ވެގެން صالح عمل ކުރިމީހުން (ދަންނައެވެ.) އެމީހުން قيامة ދުވަހުން ފައިބައިތިބޭ މެހްމާން ޚާނާއަކީ (ގެސްޓް ހައުސް އަކީ) فردوس އެވެކިއުނު ސުވަރުގެކަމުގައިވިއެވެ. (فردوس ގެ މާނައަކީ ބަހުގެ މާނައަށް ބަލާއިރު ގަސްތަކުގެ ގޮފިތައް ގައިގޯޅިވެގެންވާ ގަސްތަކެވެ. މައިގަނޑު އެއްޗަކަށް ހުންނާނީ މޭބިސްކަދުރެވެ. އެއީ رُومى ބަހުން ބަގީޗާއެވެ. زيدة التفسير = فردوس އެއީ ސުވަރުގޭގެ ދަރަޖަތަކުން އެންމެ މަތީ ދަރަޖައެވެ. އެއީ ސުވަރުގޭގެ މެދުގައިވާތަނެކެވެ. رحمن ވަންތަ ﷲ ގެ عرش ފުޅުވަނީ އެދިމާ މަތީގައެވެ. ސުވަރުގޭގެ އާރުތައް ފެށިގެން އަންނަނީ އެތަނުންނެވެ. = طبري = )

Verse 108

خَـٰلِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا

Transliteration khālidīna fīhā lā yabghūna ʿanhā ḥiwalan

Dhivehi ދެންފަހެ މިސުވަރުގޭގައިވާމީހުން އެތާ ދެމިތިބޭހުއްޓެވެ. އެމީހުން އެތަނުން އެހެންތާކަށް ދާކަށް ނޭދޭނެއެވެ.

Verse 109

قُل لَّوْ كَانَ ٱلْبَحْرُ مِدَادًا لِّكَلِمَـٰتِ رَبِّى لَنَفِدَ ٱلْبَحْرُ قَبْلَ أَن تَنفَدَ كَلِمَـٰتُ رَبِّى وَلَوْ جِئْنَا بِمِثْلِهِۦ مَدَدًا

Transliteration qul law kāna l-baḥru midādan likalimāti rabbī lanafida l-baḥru qabla an tanfada kalimātu rabbī walaw ji'nā bimith'lihi madadan

Dhivehi (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ ربّ ގެ كلمة ފުޅުތައް ލިއުމަށް ދެއްޔެއްކަމުގައި ކަނޑުވެފައި އަދި އެކަނޑުހާދެލި އަދި އިތުރަށް ގެނަޔަސް އަހުރެންގެ ربّ ގެ كلمة ފުޅުތައްލިޔެ ހުސްވުމުގެކުރިން އެކަނޑުތަކާއި ދެލިހުސްވާނެކަން ކަށަވަރެވެ. (كلمة ފުޅު އެހާގިނަވާނެއެވެ.)

Verse 110

قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَـٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدًۢا

Transliteration qul innamā anā basharun mith'lukum yūḥā ilayya annamā ilāhukum ilāhun wāḥidun faman kāna yarjū liqāa rabbihi falyaʿmal ʿamalan ṣāliḥan walā yush'rik biʿibādati rabbihi aḥadan

Dhivehi ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުވާކަން ކަށަވަރީ ހަމަ ކަލޭމެންކަހަލަ آدم ގެދަރިއަކުކަމުގައެވެ. (އެކަމަކު) ތިމަންކަލޭގެފާނަށް وحي އިއްވެވެއެވެ. (އެ وحي ގައިވެއެވެ.) ހަމަކަށަވަރުން ކަލޭމެންގެ إله ވާކަން ކަށަވަރީ އެންމެ إله އަކުކަމުގައެވެ. ފަހެ އެމީހަކު އެމީހަކުގެ ربّ އާއި ބައްދަލުވުމަށް އެދޭމީހާ ނުވަތަ އެކަމަށް ބިރުވެތިވާމީހާ ފަހެ އެމީހާ صالح عمل ކުރާހުށިކަމެވެ. އަދި އޭނާ އޭނާގެ ربّ ގެ އަޅުކަމުގައި އެބަހީ: އޭނާގެ ربّ އަށްކުރާ އަޅުކަމުގައި ހަމައެކަކުވެސް، އެކައްޗެއްވެސް ބައިވެރިނުކުރާށެވެ. އެކަލާނގެއަށް شريك ނުކުރާށެވެ! • ދަންނައެވެ. صالح عمل އަކީ: އެ عمل އެއްގައި ތިން شرط އެއް ފުރިހަމަވެގެންވާ عمل އެވެ. އެއީ (1) ﷲ އަށް إخلاص ތެރިކަމާއިއެކު އެއްވެސް شِرْك އެއް ބައިވެރިވެގެންނުވާ عمل އަކަށްވުން. (2) رسول ﷲ ﷺ ގެ سنّة ގައިވާގޮތަށް އުނިއިތުރު ނުކޮށް އެ عمل އެއް އޮތުން. (3) އެ عمل އަކީ مسلم އަކުކުރި عمل އަކަށްވުން މިއެވެ. މިތިން شرط ންކުރެ شرط އެއް އުނިވެއްޖެނަމަ އެ عمل އަކީ صالح عمل އެއްނޫނެވެ.

Read Surah Al-Kahf in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.