MyDugsiStart learning

Surah Al-Jinn in Dhivehi: translation and audio

Surah 72 · الجن · The Jinn · 28 verses

Surah Al-Jinn verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Jinn word by word in English.

Verse 1

قُلْ أُوحِىَ إِلَىَّ أَنَّهُ ٱسْتَمَعَ نَفَرٌ مِّنَ ٱلْجِنِّ فَقَالُوٓا۟ إِنَّا سَمِعْنَا قُرْءَانًا عَجَبًا

Transliteration qul ūḥiya ilayya annahu is'tamaʿa nafarun mina l-jini faqālū innā samiʿ'nā qur'ānan ʿajaban

Dhivehi (އޭ رَسُول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ޖިންނިންގެޖަމާޢަތެއްގެބަޔަކު (ތިމަންކަލޭގެފާނުޤުރްއާން ކިޔެވިއަޑު) އަހައިފިކަމުގައި ތިމަންކަލޭގެފާނަށް وَحِي އިއްވެވިއްޖެއެވެ. އެބަހީ الله ތިމަންކަލޭގެފާނަށް އަންގަވައިފިއެވެ. އަދިއެމީހުން قُرْآن ގެ އަޑުއަހައިފާ އެމީހުންގެ ޤައުމަށްގޮސް ބުންޏެވެ. އޭއަހުރެމެންގެ ޤައުމުގެމީހުންނޭވެ، ހަމަކަށަވަރުން عَجَائِبُ ވާފަދަ قُرْآن އެއް ނުވަތަ عَجَائِبُ ވާފަދަބަސްތަކެއް އަހުރެމެން އަހައިފީމެވެ.

Verse 2

يَهْدِىٓ إِلَى ٱلرُّشْدِ فَـَٔامَنَّا بِهِۦ ۖ وَلَن نُّشْرِكَ بِرَبِّنَآ أَحَدًا

Transliteration yahdī ilā l-rush'di faāmannā bihi walan nush'rika birabbinā aḥadan

Dhivehi އެ قُرْآن މަގުދައްކަނީ ސީދާ ޙައްޤު ތެދުމަގަށެވެ. އެހެންވެ އަހުރެމެން އެ قُرْآن އަށް އީމާންވެއްޖައީމެވެ. (އެއީ ﷲ ގެ حَضْرَةُ ންބާވައިލައްވާފައިވާ ޙައްޤު ފޮތެއްކަމުގައި ތެދުކޮށްފީމެވެ.) އަދި އަހުރެމެން އަހުރެމެންގެ رَبُّ އަށް ހަމަ އެއްގޮތަކަށްވެސް ޝަރީކު ނުކުރާހުށީމެވެ.

Verse 3

وَأَنَّهُۥ تَعَـٰلَىٰ جَدُّ رَبِّنَا مَا ٱتَّخَذَ صَـٰحِبَةً وَلَا وَلَدًا

Transliteration wa-annahu taʿālā jaddu rabbinā mā ittakhadha ṣāḥibatan walā waladan

Dhivehi އަދި ހަމަކަށަވަރުން އަހުރެމެންގެ رَبُّ ގެ މާތްކަމާއި އެކަލާނގެ عَظَمَة މަތިވެރިވެ އުފުލިގެންވެއެވެ. އަދި އެކަލާނގެ އެއްވެސް އަނބިކަނބަލަކު ވިޔަސް އަދި ދަރިކަލަކުވިޔަސް ނުހިއްޕަވައެވެ. (އެއިން އެއްވެސް ފަރާތެއް އިޚްތިޔާރު ނުކުރައްވައެވެ. އެއީ އެކަލާނގެއަށް އެއްވެސް شَرِيك އަކުނުވާ އެއްކައުވަންތަކަލާނގެ އެވެ.

Verse 4

وَأَنَّهُۥ كَانَ يَقُولُ سَفِيهُنَا عَلَى ٱللَّهِ شَطَطًا

Transliteration wa-annahu kāna yaqūlu safīhunā ʿalā l-lahi shaṭaṭan

Dhivehi އަދި ހަމަކަށަވަރުން އަހުރެމެންގެތެރޭގައިވާ ބޯ ހަމަނުޖެހޭ ޖާހިލުން الله އާއި މެދު ދޮގު އަދި އަނިޔާވެރި ބަސްތަށް ބުނަނީއެވެ. އެކަލާނގެ އަށް شَرِيك ންތަށް ލަނީއެވެ.

Verse 5

وَأَنَّا ظَنَنَّآ أَن لَّن تَقُولَ ٱلْإِنسُ وَٱلْجِنُّ عَلَى ٱللَّهِ كَذِبًا

Transliteration wa-annā ẓanannā an lan taqūla l-insu wal-jinu ʿalā l-lahi kadhiban

Dhivehi އަދި ހަމަކަށަވަރުން އަހުރެމެން ހީކުރީ އިންސާނަކުވެސް އަދި ޖިންނިއަކުވެސް ﷲ ގެ މައްޗަށް ދޮގެއްނަހަދާނެކަމަށެވެ.

Verse 6

وَأَنَّهُۥ كَانَ رِجَالٌ مِّنَ ٱلْإِنسِ يَعُوذُونَ بِرِجَالٍ مِّنَ ٱلْجِنِّ فَزَادُوهُمْ رَهَقًا

Transliteration wa-annahu kāna rijālun mina l-insi yaʿūdhūna birijālin mina l-jini fazādūhum rahaqan

Dhivehi އަދި ހަމަކަށަވަރުން ޖިންނިންގެ ބައެއްފިރިހެނުންގެކިބައިން ރައްކާތެރިކަމާއި حِمَايَة އެދޭކަމުގައިވި ބައެއްމީހުން އިންސާނުންގެތެރޭގައި ވާކަމުގައިވެއެވެ. އަދި އެކަމުގެސަބަބުން އެޖިންނިތަކަށް ބޮޑާކަމާއި ފާފަވެރިކަން އިތުރުވެއެވެ. އަދިއެއިންސާނުންނަށް ބިރުވެރިކަން އިތުރުކޮށްދެއެވެ.

Verse 7

وَأَنَّهُمْ ظَنُّوا۟ كَمَا ظَنَنتُمْ أَن لَّن يَبْعَثَ ٱللَّهُ أَحَدًا

Transliteration wa-annahum ẓannū kamā ẓanantum an lan yabʿatha l-lahu aḥadan

Dhivehi އަދި އެއިންސާނުންވެސް ހީކުރީ ކަލޭމެން ޖިންނިންވެސް ހަމަތިޔަހީކުރި ގޮތަށެވެ. އެއީ الله تَعَالَى އެއްވެސް އާދަމުގެދަރިއަކު ރަސޫލުކަމާއިގެން ނުފޮނުއްވާކަމަށެވެ.

Verse 8

وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَـٰهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا

Transliteration wa-annā lamasnā l-samāa fawajadnāhā muli-at ḥarasan shadīdan washuhuban

Dhivehi އަދި ހަމަކަށަވަރުން އުޑުގެ ޚަބަރުތައް ހޯދުމަށް ކުރިއެކޭވެސް އެއްފަދައިން އަހުރެމެން ދިޔައީމުއެވެ. ނަމަވެސް އަހުރެމެންނަށް މިހާރު އެއުޑުފެނުނީ ގަދަފަދަވެގެންވާ މަލާއިކަތްބޭކަލުން އެތަންރައްކާތެރި ކުރުމަށްޓަކައި ފޯރިމެރުމަށް އެތާގައި ފުރިގެންވަނިކޮށެވެ. އަދި އެތަނުން ޚަބަރު ސާފުކުރަންދާ ޖިންނިންނަށްވާ ގިނިހިލައެވެ.

Verse 9

وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَـٰعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ ٱلْـَٔانَ يَجِدْ لَهُۥ شِهَابًا رَّصَدًا

Transliteration wa-annā kunnā naqʿudu min'hā maqāʿida lilssamʿi faman yastamiʿi l-āna yajid lahu shihāban raṣadan

Dhivehi އަދި ހަމަކަށަވަރުން މީގެކުރީގައި ޚަބަރު އެހުމަށްޓަކައި އުޑުގެތަންތާގައި އަހުރެމެން އިށީންދެ ތިބޭކަމުގައިވީމުއެވެ. އެހެންނަމަވެސް މިހާރު އެއިންތާކު ޚަބަރު އެހުމުގެ ޤަސްދުގައި އިށީންނަންދާމީހަކަށް ދިމާވާނީ ސީދާކުރެވޭ ގިނިހިލައެކެވެ. (ޚަބަރެއް އެހުމުގެކުރިން އެގިނިހިލައިންޖެހި އެދާޖިންނިއެއް ހަލާކުވެދެއެވެ.)

Verse 10

وَأَنَّا لَا نَدْرِىٓ أَشَرٌّ أُرِيدَ بِمَن فِى ٱلْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا

Transliteration wa-annā lā nadrī asharrun urīda biman fī l-arḍi am arāda bihim rabbuhum rashadan

Dhivehi އަދި ބިމުގެ އަހުލުވެރިންނަށް އެމީހުންގެ رَبُّ އެދިވޮޑިގަންނަވަނީ ނުބައެއްކަމެއް އަދި ނުވަތަ އެކަލާނގެ އެމީހުންނަށްޓަކައި އެދިވޮޑިގަންނަވަނީ ތެދުމަގެއްކަމެއް ނުވަތަ ހެވެއްކަމެއް އަހުރެމެންނަކަށްނޭގެއެވެ. (ކޮންމެއަކަސް އެތާގެ ކަންތައް މިހުރީ އިހުނާތަފާތުގޮތަކަށެވެ.)

Verse 11

وَأَنَّا مِنَّا ٱلصَّـٰلِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَآئِقَ قِدَدًا

Transliteration wa-annā minnā l-ṣāliḥūna waminnā dūna dhālika kunnā ṭarāiqa qidadan

Dhivehi އަދިހަމަކަށަވަރުން އަހުރެމެންގެތެރޭގައި صَالِحُ މާތްމީހުންވެއެވެ. އަދިހަމަކަށަވަރުން އަހުރެމެންގެތެރޭގައި އެއަށްވުރެދަށްމީހުންވެއެވެ. (މިއީ ހައްތާވެސް ޖިންނީންގެމީހުން އެމީހުންގެމީހުންނަށްކިޔައިދޭވާހަކައެވެ. އަދި ބުނެއެވެ.) އަހުރެމެންވީ ތަފާތުވެގެންވާ. ޖަމާޢަތްތަކަކަށެވެ. ބައިބަޔަށެވެ. އެބަހީ އަހުރެމެންވީ ތަފާތު فِرْقَة ތަކަކަށެވެ.

Verse 12

وَأَنَّا ظَنَنَّآ أَن لَّن نُّعْجِزَ ٱللَّهَ فِى ٱلْأَرْضِ وَلَن نُّعْجِزَهُۥ هَرَبًا

Transliteration wa-annā ẓanannā an lan nuʿ'jiza l-laha fī l-arḍi walan nuʿ'jizahu haraban

Dhivehi އަދިހަމަކަށަވަރުން އަހުރެމެން ޔަޤީންކުރީ އަދި އަހުރެމެންނަށް އެނގުނީ ބިންމަތީގައިވެސް އަހުރެމެންނަށް الله ނުކުޅައްދައި ނުލެވޭނެކަމެވެ. އަދިއެކަލާނގެއަށް އަތުނުވާން ފިލަންގޮސްގެންވެސް އެކަލާނގެ ނުކުޅައްދައިނުލެވޭނެކަމެވެ. އެކަލާނގެއަށް އަތުނުވާން ފިލައިގެން ނުދެވޭނެކަމެވެ.

Verse 13

وَأَنَّا لَمَّا سَمِعْنَا ٱلْهُدَىٰٓ ءَامَنَّا بِهِۦ ۖ فَمَن يُؤْمِنۢ بِرَبِّهِۦ فَلَا يَخَافُ بَخْسًا وَلَا رَهَقًا

Transliteration wa-annā lammā samiʿ'nā l-hudā āmannā bihi faman yu'min birabbihi falā yakhāfu bakhsan walā rahaqan

Dhivehi އަދިހަމަކަށަވަރުން އަހުރެމެންނަށް ތެދުމަގު އަޑުއިވުމުން އެތެދުމަގުއެއީ ﷲ ގެ حَضْرَةُ ންވާތެދުމަގެއް ކަމުގައި އަހުރެމެން ޤަބޫލުކޮށް ތެދުކޮށްފީމެވެ. ފަހެ އެމީހަކު އެމީހަކުގެ رَبُّ އަށް އީމާންވެއްޖެމީހާ ދަންނައެވެ. ފަހެ އެނާ އޭނާގެ ދަރުމަ އުނިވެދާނޭކަމަށް ބިރުނުގަންނާނެއެވެ. އަދި އޭނާގެ ނުބައިތައް ގިނަވެ އަނިޔާއެއް ލިބިދާނޭކަމުގެވެސް އެއްވެސްބިރެއްނެތެވެ. އެންމެތަންފުކެއްވެސް ތަފާތުނުވާނެއެވެ.

Verse 14

وَأَنَّا مِنَّا ٱلْمُسْلِمُونَ وَمِنَّا ٱلْقَـٰسِطُونَ ۖ فَمَنْ أَسْلَمَ فَأُو۟لَـٰٓئِكَ تَحَرَّوْا۟ رَشَدًا

Transliteration wa-annā minnā l-mus'limūna waminnā l-qāsiṭūna faman aslama fa-ulāika taḥarraw rashadan

Dhivehi އަދިހަމަކަށަވަރުން އަހުރެމެންގެތެރޭގައި (اللهއަށާއި އެކަލާނގެ ރަސޫލާއަށް) ކިޔަމަންތެރި މުސްލިމުންވެއެވެ. އަދި ހަމަކަށަވަރުން އަހުރެމެންގެތެރޭގައި އަނިޔާވެރި ނުބައިމީހުންވެސްވެއެވެ. އަދިއެމީހަކު އީމާންވެ ކިޔަމަންތެރިވެއްޖެމީހުން ދަންނައެވެ. ހަމަކަށަވަރުން އެމީހުން ޙައްޤުހޯދުމުގައި ގަދައަޅައި މަސައްކަތް ކޮށްފިއެވެ.

Verse 15

وَأَمَّا ٱلْقَـٰسِطُونَ فَكَانُوا۟ لِجَهَنَّمَ حَطَبًا

Transliteration wa-ammā l-qāsiṭūna fakānū lijahannama ḥaṭaban

Dhivehi އަދި އަނިޔާވެރި ނުބައިމީހުން ދަންނައެވެ. = ފަހެ އެމީހުންވީ ނަރަކަޔަށްވާ ދަރުކަމުގައެވެ.

Verse 16

وَأَلَّوِ ٱسْتَقَـٰمُوا۟ عَلَى ٱلطَّرِيقَةِ لَأَسْقَيْنَـٰهُم مَّآءً غَدَقًا

Transliteration wa-allawi is'taqāmū ʿalā l-ṭarīqati la-asqaynāhum māan ghadaqan

Dhivehi (الله وَحِي ކުރެއްވިއެވެ.) އަދިއެމީހުން އިސްލާމުދީނުގައި (ސީދާތެދުމަގުގައި) ޤާއިމުވެތިބިނަމަ ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންނަށްގިނަފެން ބޯންދެއްވީހެވެ.

Verse 17

لِّنَفْتِنَهُمْ فِيهِ ۚ وَمَن يُعْرِضْ عَن ذِكْرِ رَبِّهِۦ يَسْلُكْهُ عَذَابًا صَعَدًا

Transliteration linaftinahum fīhi waman yuʿ'riḍ ʿan dhik'ri rabbihi yasluk'hu ʿadhāban ṣaʿadan

Dhivehi އެއީ އެ نِعْمَةُގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުން إِمْتِحَانُ ކުރެއްވުމަށްޓަކައެވެ. އެމީހުންގެތެރެއިން الله އަށް ޝުކުރު ކުރަނީ ކޮންބައެއްތޯ ނުވަތަ ޝުކުރު ނުކުރަނީކޮންބައެއްތޯ (މިކަންކަން الله ދެނެވޮޑިގެންވާކަންދެއްކުމަށްޓަކައެވެ.) އަދި އެމީހާގެ رَبُّ ގެޒިކްރުން އެމީހަކު މޫނުއަބުނރައިލައިފިމީހާ ދަންނައެވެ. އުދަގޫވެގެންވާ ޢަޒާބަކަށް އެކަލާނގެ އެމީހާވައްދަވާނެއެވެ.

Verse 18

وَأَنَّ ٱلْمَسَـٰجِدَ لِلَّهِ فَلَا تَدْعُوا۟ مَعَ ٱللَّهِ أَحَدًا

Transliteration wa-anna l-masājida lillahi falā tadʿū maʿa l-lahi aḥadan

Dhivehi އަދި ހަމަކަށަވަރުން މިސްކިތްތައް خَاصَّ ވެގެންވަނީ الله އަށެވެ. ފަހެ ކަލޭގެފާނު الله އާއިއެކު ހަމައެކަކަށްވެސް ގޮވާނުހައްދަވާށެވެ. ހަމައެކަކަށްވެސް އަޅުކަންނުކުރައްވާށެވެ. ހަމައެކަކުވެސް އެކަލާނގެއާއި އެކު ބައިވެރިނުކުރައްވާށެވެ.

Verse 19

وَأَنَّهُۥ لَمَّا قَامَ عَبْدُ ٱللَّهِ يَدْعُوهُ كَادُوا۟ يَكُونُونَ عَلَيْهِ لِبَدًا

Transliteration wa-annahu lammā qāma ʿabdu l-lahi yadʿūhu kādū yakūnūna ʿalayhi libadan

Dhivehi އަދި ހަމަކަށަވަރުން ﷲ ގެއަޅާ مُحَمَّدٌ ﷺ ތެދުވެވަޑައިގެން (بَطْنُ نَخْلَة އެވެކިއުނުތާގައި) ނަމާދުފުޅު ކުރައްވައި دُعَاء ކުރައްވަން ހުންނެވި ވަގުތު. (އެކަލޭގެފާނުންގެ ކިޔަވާ ވިދާޅުވުމުގެ އަޑުއެހުމަށް އެކަލޭގެފާނުންގެ އަރިހަށް އައި ޖިންނިތައް އައިސް ގައިގޯޅިވެ އެކަތިއަނެކަތީގެމައްޗަށް އަރައި ތިބިއިރު އެޖިންނިތައް ހީވަނީ ރާނާފައިވާ ފާރެއްހެންނެވެ.)

Verse 20

قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًا

Transliteration qul innamā adʿū rabbī walā ush'riku bihi aḥadan

Dhivehi (އޭ رَسُولُ لله އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ނަމާދުކޮށް دُعَاء ކުރާކަން ކަށަވަރީ ތިމަންކަލޭގެފާނުންގެ رَبُّ އަށެވެ. އަދިއެކަލާނގެއާއި ތިމަންކަލޭގެފާނުން ޝަރީކު ނުކުރާހުށީމެވެ. ހަމައެކަކުވެސް ބަވެރިނުކުރާހުށީމެވެ.

Verse 21

قُلْ إِنِّى لَآ أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا

Transliteration qul innī lā amliku lakum ḍarran walā rashadan

Dhivehi (އޭ رَسُولُ لله އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ހަމަކަށަވަރުން ކަލޭމެންނަށް ގެއްލުމެއްދިނުމަކަށްވެސް އަދިނުވަތަ ކަލޭމެނަށް ހެވެއްހޯދައިދިނުމަކަށްވެސް (ކަލޭމެން މަގުފުރެއްދުމަށްވެސް އަދިނުވަތަ ކަލޭމެނަށް ތެދުމަގު ދެއްކެވުމަށްވެސް މިއިން އެއްވެސްކަމެއް ތިމަންކަލޭގެފާނަށް މިލްކުވެގެންނުވެއެވެ. އެކަންކަމުގެ އެއްވެސް إخْتِيَارُ އެއްތިމަންކަލޭގެފާނަށް ލިބިގެންނުވެއެވެ. އެއީ ހައްތާވެސް ﷲ ގެބާރުގެދަށުގައިވާކަންކަމެވެ.

Verse 22

قُلْ إِنِّى لَن يُجِيرَنِى مِنَ ٱللَّهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِۦ مُلْتَحَدًا

Transliteration qul innī lan yujīranī mina l-lahi aḥadun walan ajida min dūnihi mul'taḥadan

Dhivehi އަދި ކަލޭގެފާނުން ވިދާޅުވާށެވެ! ﷲގެ حَضْرَةُ ން އަތުވެދާނޭ ޢަޒާބަކުން ތިމަންކަލޭގެފަނު ސަލާމަތްކޮށްދޭނޭ ހަމައެކަކުވެސް الله ފިޔަވައި ތިމަންކަލޭގެފަނަކަށްނުވެއެވެ.

Verse 23

إِلَّا بَلَـٰغًا مِّنَ ٱللَّهِ وَرِسَـٰلَـٰتِهِۦ ۚ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَإِنَّ لَهُۥ نَارَ جَهَنَّمَ خَـٰلِدِينَ فِيهَآ أَبَدًا

Transliteration illā balāghan mina l-lahi warisālātihi waman yaʿṣi l-laha warasūlahu fa-inna lahu nāra jahannama khālidīna fīhā abadan

Dhivehi ހަމައެކަނި ﷲގެ حَضْرَةُ ންވާ އެކަލާނގެ އަމުރުފުޅުތަކާއި އަދި ރަސޫލުކަން ކަލޭމެނަށް އިއްވައިދެއްވުން މެނުވީ ތިމަންކަލޭގެފާނަށްމިލްކުވެގެންނުވެއެވެ. އަދި الله އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެމީހާ ދަންނައެވެ. ހަމަކަށަވަރުން އޭނާއަށް ހުރީ ނަރަކައިގެ އަލިފާނެވެ. ދާއިމީގޮތެއްގައި އެނާ އެތާ ދެމިހުން ގޮތަށެވެ.

Verse 24

حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًا وَأَقَلُّ عَدَدًا

Transliteration ḥattā idhā ra-aw mā yūʿadūna fasayaʿlamūna man aḍʿafu nāṣiran wa-aqallu ʿadadan

Dhivehi ފަހެ އެކާފަރުންނާއި އެމުޝްރިކުން އެމީހުންނަށްވަޢްދުވެވިގެންވާ ޢަޒާބު އެމީހުންނަށްފެނި އަދިއެޢަޒާބު އަތުވެއްޖައުމަށްދާންދެން އެމީހުންއެގޮތުގައި ދެމިތިބޭނެއެވެ. އަދި އެޢަޒާބު އެމީހުންނަށްފެނުނީމާ نَصْرُ ވެރިން ނިކަމެތިވެ މަދުވެގެންވަނީ ކޮންބައެއްކަން އެމީހުންނަށް އެގިދާނެއެވެ. نَصْرُ ވެރިން ނިކަމެތިވެ އަދިމަދުވެގެންވަނީ އެމީހުންނަށްތޯ ނުވަތަ މުއުމިނަށްތޯ މިކަންކަން އެމީހުންނަށް އެގިދާނެއެވެ.

Verse 25

قُلْ إِنْ أَدْرِىٓ أَقَرِيبٌ مَّا تُوعَدُونَ أَمْ يَجْعَلُ لَهُۥ رَبِّىٓ أَمَدًا

Transliteration qul in adrī aqarībun mā tūʿadūna am yajʿalu lahu rabbī amadan

Dhivehi (އޭ رَسُولُ لله އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ކަލޭމެންނަށްوَعْدُ ވެވިގެންވާއެތި (عَذَابُ) ގާތްވެގެންވާކަމެއް ނުވަތަ އެ (عَذَابُ) އައުމަށް ތިމަންކަލޭގެފާނުންގެ رَبُّ ވަކި މުއްދަތެއް ލައްވާފައި ވާކަމެއް ވެސް ތިމަންކަލޭގެފާނަކަށް އެގިވަޑައިގެން ނުވެއެވެ.

Verse 26

عَـٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا

Transliteration ʿālimu l-ghaybi falā yuẓ'hiru ʿalā ghaybihi aḥadan

Dhivehi އެކަލާނގެއީ غَيْبُ ތައް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ غَيْبُ ހަމަ އެކަކަށްވެސް އެކަލާނގެ ފައުޅު ނުކުރައްވައެވެ.

Verse 27

إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍ فَإِنَّهُۥ يَسْلُكُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ رَصَدًا

Transliteration illā mani ir'taḍā min rasūlin fa-innahu yasluku min bayni yadayhi wamin khalfihi raṣadan

Dhivehi އެހެންނަމަވެސް އެކަލާނގެ ފޮނުއްވާ ރަސޫލުބޭކަލުންކުރެ ބޭކަލަކަށްމެނުވީއެވެ. (އެބަހީ އެކަލާނގެ غَيْبُ ގެތެރެއިން އެކަލާނގެ ފައުޅުކުރައްވަން އިރާދަކުރެއްވިމިންވަރެއް އެކަލާނގެ އިރާދަކުރެއްވި ބޭކަލަކަށް ފައުޅުކުރައްވައެވެ. އެއީ މަލާއިކަތްބޭކަލެއްނަމަވެސް އަދި ނުވަތަ އާދަމުގެދަރިއެއްނަމަވެސް ހަމަހަމައެވެ.) ދެންފަހެ އެރަސޫލުބޭކަލެއްގެ ކުރިމަތީގައްޔާއި އަދި ފަހަތުގައި އެބޭކަލަކު ރައްކާތެރިކުރެއްވުމަށް ފާރަވެރިއަކު އެކަލާނގެ ލައްވައެވެ. އެއީ غَيْبُ ގެތެރެއަށް شَيْطَانُއާ ގަދަވެގަތަ ނުދިނުމަށްޓަކައެވެ.

Verse 28

لِّيَعْلَمَ أَن قَدْ أَبْلَغُوا۟ رِسَـٰلَـٰتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَىٰ كُلَّ شَىْءٍ عَدَدًۢا

Transliteration liyaʿlama an qad ablaghū risālāti rabbihim wa-aḥāṭa bimā ladayhim wa-aḥṣā kulla shayin ʿadadan

Dhivehi އެފަދައިން އެކަލާނގެ އެހައްދަވަނީ އެރަސޫލުން އެބޭކަލުންގެ رَبُّ ގެ ރަސޫލުކަން އިއްވެވިކަން ދެނެވޮޑިގެންވާކަން އެންގެވުމަށްޓަކައެވެ. އަދިއެބޭކަލުންގެ ހުރިހާކަމެއް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދިހުރިހާކަމެއް އެކަލާނގެ ހިސާބުކުރައްވައި ޢަދަދު ކުރައްވައެވެ.

Read Surah Al-Jinn in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.