Surah Al-Hujurat in Dhivehi: translation and audio
Surah 49 · الحجرات · The Rooms · 18 verses
Surah Al-Hujurat verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Hujurat word by word in English.
Verse 1
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ
Transliteration yāayyuhā alladhīna āmanū lā tuqaddimū bayna yadayi l-lahi warasūlihi wa-ittaqū l-laha inna l-laha samīʿun ʿalīmun
Dhivehi އޭއީމާންވެއްޖެ މީސްތަކުންނޭވެ! الله އާއި އެކަލާނގެ ރަސޫލާގެ ކުރިފުޅުމަތީގައި ކަލޭމެން އިސްވެނުގަންނާށެވެ! އަދި ކަލޭމެން الله އަށް ބިރުވެތިވާށެވެ تَقْوَى ވެރިވާށެވެ! ހަމަކަށަވަރުން الله އީ އައްސަވާ ވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.\nދަންނައެވެ. الله އާއި އެކަލާނގެ ރަސޫލާގެ ކުރިފުޅުމަތީގައި ކަލޭމެން އިސްވެނުގަންނާށެވެ! މިހެންއޮތްބަސްފުޅުން މުރާދުކުރެވެނީ رَسُولُ الله ﷺ ދުނިޔޭގައި ހުންނަވަނިކޮށް އަދި އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެއްވެސްކަމެއްގައި އެކަލޭގެފާނަށްވުރެކުރިން އެކަމަކަށް ފާޑުކިޔައި، ގޮތްކިޔައިނުހެދުމެވެ. އަދިއެކަލޭގެފާނު ދުނިޔޭގައި ނެތްހިނދުން ﷲ ގެއާޔަތްތަކާއި އަދި ރަސޫލު ﷺ ގެ ބަސްފުޅާއި خِلآف އަށް ކަންތައްތައްކޮށް ނުހެދުމެވެ. އެއީ މުސްލިމުންނަށް އެކަށީގެންވާ ކަމެއްނޫނެވެ.
Verse 2
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَـٰلُكُمْ وَأَنتُمْ لَا تَشْعُرُونَ
Transliteration yāayyuhā alladhīna āmanū lā tarfaʿū aṣwātakum fawqa ṣawti l-nabiyi walā tajharū lahu bil-qawli kajahri baʿḍikum libaʿḍin an taḥbaṭa aʿmālukum wa-antum lā tashʿurūna
Dhivehi އޭއީމާންވެއްޖެ މީހުންނޭވެ. ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ކަލޭމެން އަޑުތައް ނުއުފުލާށެވެ! އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް އަޑުގަދަކުރާގޮތަށް އަޑު އުފުލާ ވާހަކަ ދައްކާގޮތަށް ގޮތަށް އެކަލޭގެފާނުންގެ އަރިހުގައި އަޑު ނުއުފުލާށެވެ! އެގޮތަށްބަސްނުބުނާށެވެ! އެއީ ކަލޭމެންގެ ހެޔޮ ޢަމަލުތައް ކަލޭމެންނަށް إحْسَاس ވެސްނުވެ بَاطِلُ ނުވުމައްޓަކައެވެ. (بَاطِلُ ވެދާނެތީއެވެ.)\nދަންނައެވެ. މިބަސްޅުން ރަނގަޅަށް އެނގެނީ އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެގޮތަށް އަޑުހަރުކޮށް ވާހަދައްކާނަމަ ތިމާމެންގެ ހެޔޮ ޢަމަލު بَاطِلُ ވާނެކަމެވެ. އަދި އަޑުހަރުކޮށް ވާހަކަދެއްކުމުގެ މުރާދެއްކަމުގައި ބައެއްބޭކަލުން ވިދާޅުވަނީ އޭ محَمَّد އޭ محَمَّد މިހެންކިޔައި އެކަލޭގެފާނާއި مُخَاطَبُ ކުރުމެވެ. އެޔާއިމުޅިން ޚިލާފަށް އެކަލޭގެފާއި مُخَاطَبُ ކުރަންވާނީ يَا نَبِيَّ الله ނުވަތަ يَا رَسُولَ الله އެވެ. ދެންފަހެ މިވާހަކައިގެ މުޅި މުރާދަކީ އެކަލޭގެފާނަށް މާތްކޮށްހިތާ އަދަބު تَعْظِيْمُ ކޮށް إحْتِرَام ކުރުމެވެ.
Verse 3
إِنَّ ٱلَّذِينَ يَغُضُّونَ أَصْوَٰتَهُمْ عِندَ رَسُولِ ٱللَّهِ أُو۟لَـٰٓئِكَ ٱلَّذِينَ ٱمْتَحَنَ ٱللَّهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ
Transliteration inna alladhīna yaghuḍḍūna aṣwātahum ʿinda rasūli l-lahi ulāika alladhīna im'taḥana l-lahu qulūbahum lilttaqwā lahum maghfiratun wa-ajrun ʿaẓīmun
Dhivehi ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ އަރިހުގައި އެމީހުންގެ އަޑުތައް މަޑުކުރާމީހުން އެމީހުން އެއީ تَقْوَى ވެރިވުމަށް الله އެމީހުންގެ ހިތްތައް إمْتِحَانُ ކުރެއްވި މީހުންނެވެ. އެމީހުންނަށް ކަނޑައެޅިގެން ފާފަ ފުއްސެވުމާއި އަދި ބޮޑުވެގެންވާ ދަރުމަހުންނަ ހުއްޓެވެ.
Verse 4
إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلْحُجُرَٰتِ أَكْثَرُهُمْ لَا يَعْقِلُونَ
Transliteration inna alladhīna yunādūnaka min warāi l-ḥujurāti aktharuhum lā yaʿqilūna
Dhivehi އަދި ހަމަކަށަވަރުން ކޮޓަރިކޮޅުތަކުގެ ފުރަގަހުން ކަލޭގެފާނަށް ގޮވާމީސްތަކުން އެމީހުންކުރެ ގިނަމީހުން ނުވިސްނައެވެ. ބުއްދި ނުކުރެއެވެ. * ދަންނައެވެ. މިއާޔަތުން މިއިޝާރަތްވަނީ رَسُولُ الله ﷺ ގެޒަމާނުގައި އެކަލޭގެފާނުންގެ އަރިހަށް ކަމަކުދިޔަ ބަޔަކު ކަންތައްކުރިގޮތަކާއި މެދުގައެވެ. އެމީހުންނަކީ بَنِي تشمِيْمُ ވަންހައިގެ ބަޔަކު ކަމުގައިވިއެވެ. އެމީހުން އައިސް އެކަލޭގެފާނުންގެ އަނބިއަނބި ކަނބަލުންގެ ކޮޓަރިކޮޅުތަކުގެ ފުރަގަހުގައި ތިބެގެން އެކަލޭގެފާނު ނުކުމެވަޑައިގެންނެވުމުގެކުރިން يَا محمد يَا محمد މިހެންކިޔައި އެކަލޭ ގެފަނަށް ގޮވައިހެދީއެވެ. އެމީހުންއެކަން ކުރިގޮތުގެ އަދަބު ކުޑަކަމާއި رَسُولُ الله ﷺ ގެ ޙައްޤުފުޅުގައި އަދަބު إحْتِرَام ކުޑަކުރުމުގެ ސަބަބުން الله تَعَالَى ރުހިވޮޑި ނުގަންނަވައި އެކަމާއިމެދު މުޅި އުއްމަތަށް ހޭއަރުވައިދެއްވާ އެކަލޭގެފާނަށް އަދަބު تَعْظِيْمُ ކޮށް إحْتِرَام ކުރުމަށް އެންގެވީ އެވެ.
Verse 5
وَلَوْ أَنَّهُمْ صَبَرُوا۟ حَتَّىٰ تَخْرُجَ إِلَيْهِمْ لَكَانَ خَيْرًا لَّهُمْ ۚ وَٱللَّهُ غَفُورٌ رَّحِيمٌ
Transliteration walaw annahum ṣabarū ḥattā takhruja ilayhim lakāna khayran lahum wal-lahu ghafūrun raḥīmun
Dhivehi ކަލޭގެފާނު އެމީހުންގެގާތަށް ނުކުމެވަޑައިގަންނަވަންދެން އެމީހުން ކެތްތެރިނަމަ ހަމަކަށަވަރުން އެގޮތް އެމީހުންނަށް ހެޔޮވެގެންވީހެވެ. الله އީ ގިނަގިނައިން ފާފަ ފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 6
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ
Transliteration yāayyuhā alladhīna āmanū in jāakum fāsiqun binaba-in fatabayyanū an tuṣībū qawman bijahālatin fatuṣ'biḥū ʿalā mā faʿaltum nādimīna
Dhivehi އޭއީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގާތަށް ޚަބަރަކާއިގެން ފާސިޤުއަކު އަތުވެއްޖެއްޔާ ފަހެ އެ خَبَرُ އެއް ރަނގަޅަށް ސާފުކޮށް (ތެދު ދޮގުބަލާށެވެ.) އެއީ ބަޔަކުމީހުންނަށް (ނުقَوَاعِدُ ން) ނޭގިތިބެ އަނިޔާ ނުކުރުމަށްޓަކައެވެ. ދެންފަހެ ކަލޭމެން ނުقَوَاعِدُ ން ނޭގިތިބެ ބަޔަކުމީނުހްނަށް އަނިޔާކޮށްފިނަމަ އެކުރިކަންތަކުގެމައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ކަލޭމެންވެދާނެއެވެ.\nދަންނައެވެ. އިސްވެދިޔަ އާޔަތް ބާވާތްލެއްވިސަބަބެއް މުފައްސިރުން ބަޔާން ކުރައްވާފައިވެއެވެ. އެއީ الحَارِثُ بنُ ضِرَار ކިޔާބޭކަލަކު އެއްކުރައްވާފައިވަ ޒަކާތު ގެ މުދާބަލައި رَسُولُ الله ﷺ ފޮނުއްވައިގެން الوَلِيْد بْنُ عَقَبَة ދިޔައެވެ. މިވަލީދު މަގުގެ ވަކިހިސާބަކަށް ގޮސްފައި ކޮންމެވެސް ބިރުވެރިކަމެއް ހިތަށް ވަދެގެން އޭނާ އެނބުރިއައިސް رَسُولُ الله ﷺ އަށް ދެންނެވީ الحَارِثُ بنُ ضِرَار އޭނާއަށް މުދާނުދީ އަދިމަނާކޮށް އޭނާ މަރަން އުޅުނުކަމަށެވެ. ދެން رَسُولُ الله ﷺ ބަޔަކު ފޮނުއްވައިގެން ބެއްލެވިއިރު އެއީ ބޮޑު ދޮގެއްކަން ރަނގަޅަށް ސާބިތުވެއްޖެއެވެ. އެކަމާއި ގުޅިގެން އެއާޔަތް ބާވާތްލެއްވިއެވެ. އެމުނާސަބަތުގައި އެއާޔަތް ބާވާތްލައްވާފައި ވިޔަސް އާޔަތުގެ حُكُم قِيَامَة އާއިޖެހެންދެން އުއްމަތަށް قَرَارُ ވެ ހަމަޖެހިގެންވެއެވެ. (وَالله أعلم). = فَتْحُ القَدِيْر =
Verse 7
وَٱعْلَمُوٓا۟ أَنَّ فِيكُمْ رَسُولَ ٱللَّهِ ۚ لَوْ يُطِيعُكُمْ فِى كَثِيرٍ مِّنَ ٱلْأَمْرِ لَعَنِتُّمْ وَلَـٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَـٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ ۚ أُو۟لَـٰٓئِكَ هُمُ ٱلرَّٰشِدُونَ
Transliteration wa-iʿ'lamū anna fīkum rasūla l-lahi law yuṭīʿukum fī kathīrin mina l-amri laʿanittum walākinna l-laha ḥabbaba ilaykumu l-īmāna wazayyanahu fī qulūbikum wakarraha ilaykumu l-kuf'ra wal-fusūqa wal-ʿiṣ'yāna ulāika humu l-rāshidūna
Dhivehi އަދި ކަލޭމެން ދަންނާށެވެ. ހަމަކަށަވަރުން ކަލޭމެންގެތެރޭގައި ﷲ ގެ ރަސޫލާ ވާކަން ކަލޭމެން ދަންނާށެވެ. ގިނަކަންތަކުގައި އެކަލޭގެފާނު ކަލޭމެންނަށް ކިޔަމަންވެ ވަޑައިގެންފިޔާ ކަލޭމެންނަށް އުދަގޫވެ ދަތިވެދާނެއެވެ. އަދިއެހެންނަމަވެސް الله تَعَالى ކަލޭމެންނަށް އީމާންކަން ލޯބިވެތި ކުރުވައިފިއެވެ. އަދިކަލޭމެންގެ ހިތްތަކުގައި އެކަލާނގެ އެކަން ޒީނަތްތެރިކޮށް ދެއްވައިފިއެވެ. އަދި ކަލޭމެންނަށްޓަކައި ކާފަރުކަމާއި ފާސިޤުކަމާއި އަދި އުރެދުން ތެރިކަން އެކަލާނގެ ރުހިވޮޑި ނުގަންނަވައެވެ. ކަނޑައެޅިގެން އެމީހުން އެއީ ތެދުމަގުގައިވާމީހުންނެވެ.
Verse 8
فَضْلًا مِّنَ ٱللَّهِ وَنِعْمَةً ۚ وَٱللَّهُ عَلِيمٌ حَكِيمٌ
Transliteration faḍlan mina l-lahi waniʿ'matan wal-lahu ʿalīmun ḥakīmun
Dhivehi ﷲ ގެ حَضْرَةُ ންވާ فَضُلُ ވަންތަވެރި ކަމާއި އަދި ނިޢުމަތެއްގެ ގޮތުންނެވެ. އަދި الله އީ ދެނެވޮޑިގެންވާ އަދި حِكمة ވަންތަ ރަސްކަލާނގެއެވެ.
Verse 9
وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا ۖ فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَـٰتِلُوا۟ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ ۚ فَإِن فَآءَتْ فَأَصْلِحُوا۟ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓا۟ ۖ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ
Transliteration wa-in ṭāifatāni mina l-mu'minīna iq'tatalū fa-aṣliḥū baynahumā fa-in baghat iḥ'dāhumā ʿalā l-ukh'rā faqātilū allatī tabghī ḥattā tafīa ilā amri l-lahi fa-in fāat fa-aṣliḥū baynahumā bil-ʿadli wa-aqsiṭū inna l-laha yuḥibbu l-muq'siṭīna
Dhivehi އަދި މުއުމިނުންގެ ދެބައިގަޑެއް އެއްބަޔަކު އަނެއްބަޔަކަށް ހަނގުރާމަކޮށް ތަޅާފޮޅާ ކަމުގައި ވަންޏާ ކަލޭމެން (ދެންތިބި މުއުމިނުން) އެދެމެދު صُلْحَ ކުރުވާށެވެ. ހަމަޖައްސާށެވެ. އަދިއެދެބައިމީހުންކުރެ އެއްބަޔަކު بَغَاوَة ކޮށް އަނެއްބައިގަޑުގެ މައްޗަށް އަރައިގެންފިއްޔާ ފަހެ ކަލޭމެން (إصْلاحُ ކުރާމީހުން) އެމީހުން الله تَعَالى ގެ އަމުރުފުޅަށް (އެކަލާނގެ ޙުކުމް ފުޅަށް) ރުޖޫޢަ ވެއްޖައުމަށްދާންދެން އެ بَغَاوَة ކޮށް އަރައިގަތް ބަޔަކާއި ކަލޭމެން ހަނގުރާމަކުރާށެވެ. ދެންފަހެ އެމީހުން الله تَعَالى ގެ އަމުރުފުޅަށް (އެކަލާނގެ ޙުކުމް ފުޅަށް) رُجُوعَ ވެއްޖެއްޔާ ދެންކަލޭމެން އެދެބައިގަޑުދެމެދު إصْلاحُ ކުރާށެވެ. / ހަމަޖައްސާށެވެ، އަދި ކަލޭމެން ކަންކަމުގައި ސީދާކޮށް ޢަދުލުވެރިވާށެވެ. މިހެނީ ހަމަކަށަވަރުން ޢަދުލުވެރިވާމީހުންނަށް الله تَعَالى ލޯބިވެ ވޮޑިގަންނަވައެވެ.
Verse 10
إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ
Transliteration innamā l-mu'minūna ikh'watun fa-aṣliḥū bayna akhawaykum wa-ittaqū l-laha laʿallakum tur'ḥamūna
Dhivehi ހަމަކަށަވަރުން މުއުމިނުންނަކީ أَخُ ންނެވެ. (އެއްބަޑު އެއްބަފާމީހުން ފަދަބައެކެވެ.) ފަހެ ކަލޭމެން ކަލޭމެންގެ ދެ أَخُ ންގެ ދެމެދު إصْلاحُ ކުރާށެވެ. / ހަމަޖައްސާށެވެ، އަދި ކަލޭމެން الله އަށް ބިރުވެތިވާށެވެ. އެއީ ކަލޭމެންނަށް رَحْمَة ލައްވައިތޯ އެވެ.
Verse 11
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَـٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَـٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ
Transliteration yāayyuhā alladhīna āmanū lā yaskhar qawmun min qawmin ʿasā an yakūnū khayran min'hum walā nisāon min nisāin ʿasā an yakunna khayran min'hunna walā talmizū anfusakum walā tanābazū bil-alqābi bi'sa l-s'mu l-fusūqu baʿda l-īmāni waman lam yatub fa-ulāika humu l-ẓālimūna
Dhivehi އޭއީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް މަލާމާތް ނުކުރާށެވެ. އެމީހުން (އެބަހީ މަލާމާތްލިބޭމީހުން) އަނެއް މީހުންނަށްވުރެ (އެބަހީ މަލާމާތްކުރާމީހުންނަށްވުރެ) ހެޔޮބަޔަކު ކަމުގައި ވެދާނެއެވެ. އަދި އަންހެނުންވެސް އަންހެނުންނާއި (މަލާމާތް ނުކުރާށެވެ.) އެކަނބަލުންވެދާނެއެވެ. (އެބަހީ މަލާމާތް ލިބޭމީހުން) މިކަނބަލުންނަށްވުރެ ހެޔޮކަމުގައި (އެބަހީ މަލާމާތްކުރާ މީހުންނަށްވުރެ ހެޔޮކަމުގައި) ވެދާނެއެވެ. އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް عَيْبُ ނުކިޔާށެވެ. އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް ހުތުރު ލަގަބު ނުކިޔާށެވެ. ހުތުރު ވަނަން ނުކިޔާށެވެ. އެއީ ފާސިޤު ކަމެކެވެ. އީމާންކަމަށްފަހު فَاسِقُ ނުބައި ނަންކިއުން ނުބައިވެގެންވެއެވެ. އަދި ތައުބާ ނުވެއްޖެބަޔަކު ދަންނައެ! ފަހެ ކަނޑައެޅިގެން އެމީހުން އެއީ އަނިޔާވެރިންނެވެ.
Verse 12
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ
Transliteration yāayyuhā alladhīna āmanū ij'tanibū kathīran mina l-ẓani inna baʿḍa l-ẓani ith'mun walā tajassasū walā yaghtab baʿḍukum baʿḍan ayuḥibbu aḥadukum an yakula laḥma akhīhi maytan fakarih'tumūhu wa-ittaqū l-laha inna l-laha tawwābun raḥīmun
Dhivehi އޭއީމާންވެއްޖެ މީސްތަކުންނޭވެ! ގިނަހީކުރުންތަކުން ކަލޭމެން ދުރުވެގަންނާށެވެ! ހަމަކަށަވަރުން ބައެއްހީ އެއީ ފާފައެކެވެ. އަދި ކަލޭމެން ޖާސޫސު ނުކުރާށެވެ! އަދި ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް غِيْبَ ނުކިޔާށެވެ! (މީހާނެތިސް އޭނާ ނުރުހޭވާހަކަ) ނުދައްކާށެވެ! ކަލޭމެންކުރެ އެކަކުވެސް ތިމާގެ އަޚުގެމަސް އޭނާ މަރުވެފައިވަނިކޮށް / މުޅަވެފައިވާ ޙާލު ކެއުމަށް ލޯބިކުރަމުހެއްޔެވެ؟ ފަހެ ކަލޭމެން އެކަމަށް ނުރުހޭނެއެވެ. (މީހާ ނެތްތާގައި އޭނާ ނުރުހޭ ވާހަކަ ދެއްކުމެކޭ އެމީހާމަރުވެފައިވަނިކޮށް އޭނާ ގެމަސްކެއުމެކޭ އެއްފަދައެވެ.) އަދި ކަލޭމެން الله އަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން الله تَعَالى އީ ގިނަގިނައިން ތައުބާލައްވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 13
يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ
Transliteration yāayyuhā l-nāsu innā khalaqnākum min dhakarin wa-unthā wajaʿalnākum shuʿūban waqabāila litaʿārafū inna akramakum ʿinda l-lahi atqākum inna l-laha ʿalīmun khabīrun
Dhivehi އޭމީސްތަކުންނޭވެ! ހަމަކަށަވަރުން ފިރިހެނަކާއި އަންހެނެއްގެ ފަރާތުން (آدَم عَلَيهِ السَّلآم) އާއި سِتُّنَا حَوَّى ގެފާނުންގެ ފަރާތްޕުޅުން ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭމެން جَمَاعَة جَمَاعَة އަށާއި قِبِيْلَة قِبِيْلَة އަށް ލެއްވީމެވެ. އެއި ކަލޭމެން (އެކަކުއަނެކަކު) ދެނެގަތުމަށް ޓަކައެވެ. ހަމަކަށަވަރުން ކަލޭމެންކުރެ ﷲ ގެ حَضْرَةُ ގައި އެންމެ މާތްމީހަކީ ކަލޭމެންކުރެ އެންމެ تَقْوَى ވެރިމީހާއެވެ. ހަމަކަށަވަރުން الله އީ ދެނެވޮޑިގެންވާ خبر ކުރައްވާ ކަލާނގެއެވެ.
Verse 14
۞ قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُوا۟ وَلَـٰكِن قُولُوٓا۟ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَـٰنُ فِى قُلُوبِكُمْ ۖ وَإِن تُطِيعُوا۟ ٱللَّهَ وَرَسُولَهُۥ لَا يَلِتْكُم مِّنْ أَعْمَـٰلِكُمْ شَيْـًٔا ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Transliteration qālati l-aʿrābu āmannā qul lam tu'minū walākin qūlū aslamnā walammā yadkhuli l-īmānu fī qulūbikum wa-in tuṭīʿū l-laha warasūlahu lā yalit'kum min aʿmālikum shayan inna l-laha ghafūrun raḥīmun
Dhivehi އަދި أعْرَابِى ންގެމީހުން ބުންޏެވެ. އަހުރެމެން އީމާން ވެއްޖައީމެވެ. (އޭ رَسُولُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ! އަދި ކަލޭމެންގެ ހިތްތަކަކަށް އީމާނެއްނުވެއެވެ. އަދިއެހެންނަވެސް އަހުރެމެން އިސްލާމު ވެއްޖައީމެވެ. މިހެން ކަލޭމެން ބުނާށެވެ. އަދި މިހާތަނަށް ކަލޭމެންގެ ހިތްތަކަކަށް އީމާންކަން ނުވްދެއެވެ. އަދި ކަލޭމެން الله އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެއްޖެއްޔާ ކަލޭމެންގެ ޢަމަލުގެ ދަރުމައިން އެއްވެސް އެއްޗެއް ކަލޭމެންނަށް އުނިނުވާނެއެވެ. ހަމަކަށަވަރުން الله އީ ގިނަގިނައިން ފާފަ ފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 15
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَـٰٓئِكَ هُمُ ٱلصَّـٰدِقُونَ
Transliteration innamā l-mu'minūna alladhīna āmanū bil-lahi warasūlihi thumma lam yartābū wajāhadū bi-amwālihim wa-anfusihim fī sabīli l-lahi ulāika humu l-ṣādiqūna
Dhivehi މުއުމިނުންކަމުގައި ވާކަން ކަށަވަރީ އެމީހުން الله އާއި އެކަލާނގެ ރަސޫލާއަށް އީމާންވީމީހުންނެވެ. ދެންއެމީހުން ޝައްކު ނުކުރާ މީހުންނެވެ. ދެން އަދި އެމީހުންގެ މުދަލާއި އެމީހުނގެ ނަފުސުތަކުން ﷲ ގެމަގުގައި އެމީހުން ޖިހާދުކޮށްހެދި މީހުންނެވެ. ކަނޑައެޅިގެން އެމީހުންއެއީ ތެދުވެރީންނެވެ.
Verse 16
قُلْ أَتُعَلِّمُونَ ٱللَّهَ بِدِينِكُمْ وَٱللَّهُ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ
Transliteration qul atuʿallimūna l-laha bidīnikum wal-lahu yaʿlamu mā fī l-samāwāti wamā fī l-arḍi wal-lahu bikulli shayin ʿalīmun
Dhivehi (އޭ رَسُولُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ! ކަލޭމެން الله އަށް ކަލޭމެންގެ ދީން އުގަންނައި ދެނީ ހެއްޔެވެ؟ އަދި އުޑުތަކާއި އަދި ބިމުގައި ވާހާ ތަކެތި الله ދެނެވޮޑިގެންވެއެވެ. އަދި الله ހުރިހާއެއްޗެއް ދެނެވޮޑިގެންވެއެވެ.
Verse 17
يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا۟ ۖ قُل لَّا تَمُنُّوا۟ عَلَىَّ إِسْلَـٰمَكُم ۖ بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَىٰكُمْ لِلْإِيمَـٰنِ إِن كُنتُمْ صَـٰدِقِينَ
Transliteration yamunnūna ʿalayka an aslamū qul lā tamunnū ʿalayya is'lāmakum bali l-lahu yamunnu ʿalaykum an hadākum lil'īmāni in kuntum ṣādiqīna
Dhivehi (އޭ رَسُولُ الله އެވެ!) އެމީހުން އިސްލާމު ވުން އެއީ އެމީހުން ކަލޭގެފާނަށް ކޮށްދިން ހެޔޮކަމެއްކަމުގައި އެމީހުން ދެކެނީހެއްޔެވެ؟ (އޭ رَسُولُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ. ކަލޭމެން ކަލޭމެންގެ އިސްލާވުން އެއީ ތިމަންކަލޭގެފާނަށް ކޮށްދިން ހެޔޮކަމެއްކަމުގައި ކަލޭމެން ނުދެކޭށެވެ. އަދިކިއެއްހެއްޔެވެ؟ الله ކަލޭމެންނަށް އީމާންކަމަށް ތެދުމަގު ދެއްކެވުން އެއީ އެކަލާނގެ ކަލޭމެންގެމައްޗަށް ދަރުމަވަންތަވެ ވޮޑިގެންނެވުމެވެ. (އެއީ އެކަލާނގެ ކަލޭމެނަށް ކޮށްދެއްވި ހެޔޮކަމެކެވެ.) ކަލޭމެންނަކީ ތެދުވެރިން ކަމުގައިވަންޏާ (ކަލޭމެން އެގޮތް ޤަބޫލުކުރާށެވެ.)
Verse 18
إِنَّ ٱللَّهَ يَعْلَمُ غَيْبَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ بَصِيرٌۢ بِمَا تَعْمَلُونَ
Transliteration inna l-laha yaʿlamu ghayba l-samāwāti wal-arḍi wal-lahu baṣīrun bimā taʿmalūna
Dhivehi ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާ غيب (ނުފެންނަތަކެތި) الله ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންކުރާކަންތަކަށް الله ބައްލަވާވޮޑިގެންވެއެވެ.
Read Surah Al-Hujurat in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.