Surah Al-Hashr in Dhivehi: translation and audio
Surah 59 · الحشر · The Exile · 24 verses
Surah Al-Hashr verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Hashr word by word in English.
Verse 1
سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
Transliteration sabbaḥa lillahi mā fī l-samāwāti wamā fī l-arḍi wahuwa l-ʿazīzu l-ḥakīmu
Dhivehi އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ﷲ އަށް تَسْبِيح ކިޔައެވެ. އެކަލާނގެ ހުސް طَاهِر ވަންތަކޮށް، تَقْدِيس ކުރެއެވެ. އެކަލާނގެއީ އެކަލާނގެ އެދިވޮޑިގެންނެވި ކޮންމެ ކަމެއް ކުރެއްވުމަށް ހުރަހެއް އަޅާނޭ އެއްވެސް ފަރާތެއް ނުވާ ގަދަފަދަވަންތަ ކަލާނގެއެވެ. އަދި ކޮންމެ ކަމެއް އޭގެ ޖާގައިގައި ބަހައްޓަވާ حَكِيم ވަންތަ ކަލާނގެއެވެ.
Verse 2
هُوَ ٱلَّذِىٓ أَخْرَجَ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ مِن دِيَـٰرِهِمْ لِأَوَّلِ ٱلْحَشْرِ ۚ مَا ظَنَنتُمْ أَن يَخْرُجُوا۟ ۖ وَظَنُّوٓا۟ أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا۟ ۖ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ ۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِى ٱلْمُؤْمِنِينَ فَٱعْتَبِرُوا۟ يَـٰٓأُو۟لِى ٱلْأَبْصَـٰرِ
Transliteration huwa alladhī akhraja alladhīna kafarū min ahli l-kitābi min diyārihim li-awwali l-ḥashri mā ẓanantum an yakhrujū waẓannū annahum māniʿatuhum ḥuṣūnuhum mina l-lahi fa-atāhumu l-lahu min ḥaythu lam yaḥtasibū waqadhafa fī qulūbihimu l-ruʿ'ba yukh'ribūna buyūtahum bi-aydīhim wa-aydī l-mu'minīna fa-iʿ'tabirū yāulī l-abṣāri
Dhivehi أَهْلُ كِتاب ންގެ ތެރެއިން ކާފަރުވި (بَنُواالنَّضِير) ގެ މީހުން، އެމީހުންގެ ގޯތި-ގެދޮރުން ފުރަތަމަ مَحْشَر އަށް (خَيْبَر އަށް) ނެރުއްވީ ހަމަ އެކަލާނގެއެވެ. އޭ مُؤْمِن ންނޭވެ. އެމީހުންގެ ގޯތި-ގެދޮރުން އެމީހުން ނުކުންނާނޭ ކަމުގައި ތިޔަބައިމީހުން ހީވެސް ނުކުރަމުއެވެ. (އެއީ އެމީހުންގެ عِزّة ތެރިކަމާއި، ފޯރުންތެރިކަމާއި، ގޯތި-ގެދޮރުގެ ވަރުގަދަކަމުންނެވެ.) އަދި އެމީހުން ހީކުރީ ﷲ ގެ حَضْرَة ން އަތުވެދާނޭ ކޯފާއާއި، عَذَاب ން ސަލާމަތްވުމަށް އެމީހުންގެ ގޯތި-ގެދޮރު ފުދޭނޭ ކަމަށެވެ. ގޯތި-ގެދޮރު އެމީހުން ސަލާމަތް ކޮށްދޭނޭ ކަމަށެވެ. ފަހެ އެހެން ނަމަވެސް އެމީހުންނަށް ﷲ ގެ އަމުރުފުޅު އައީ އެމީހުން ހީވެސް ނުކުރާ ގޮތަކަށެވެ. ﷲ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. ދެންފަހެ އެމީހުންގެ ގޯތި-ގެދޮރުތައް އެމީހުންގެ އަތްތަކުންނާއި، އަދި مُؤْمِن ންގެ އަތްތަކުންވެސް ހަލާކު ކުރަމުން ގެންދިޔައީއެވެ. އޭ ބުއްދިވެރި، ބޯހުރި މީހުންނޭވެ. ކަލޭމެން ނިކަން عِبْرة حَاصِل ކުރާށެވެ.
Verse 3
وَلَوْلَآ أَن كَتَبَ ٱللَّهُ عَلَيْهِمُ ٱلْجَلَآءَ لَعَذَّبَهُمْ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابُ ٱلنَّارِ
Transliteration walawlā an kataba l-lahu ʿalayhimu l-jalāa laʿadhabahum fī l-dun'yā walahum fī l-ākhirati ʿadhābu l-nāri
Dhivehi أزَلُ ގައި އެމީހުން مَدِينَة އިން އަރުވައިލުމުގެ ނިޔާފުޅު ﷲ ލިޔުއްވާފައި ނުވާނަމަ ދުނިޔޭގައިވެސް އެމީހުންނަށް اللَّه، عَذَاب ދެއްވައިފީހެވެ. އަދި آخِرَة ދުވަހުން އެމީހުންނަށް ހުރީ ނަރަކައިގެ عَذَاب އެވެ.
Verse 4
ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
Transliteration dhālika bi-annahum shāqqū l-laha warasūlahu waman yushāqqi l-laha fa-inna l-laha shadīdu l-ʿiqābi
Dhivehi ދުނިޔެއާއި، آخِرَة ގައި އެމީހުންނަށް އެކަން ކަނޑައެޅި ނިމުނީ ހަމަކަށަވަރުން ﷲ އަށާއި، އެކަލާނގެ رَسُول އާ އާ ދެފަރާތަށް އެމީހުން ނުކިޔަމަންތެރިވެ، خِلاف ވުމުގެ ސަބަބުންނެވެ. އަދި ﷲ އާ خِلاف ވެ، ދެކޮޅުވެރިވާ މީހާ ދަންނައެވެ. (ހަމަކަށަވަރުން ﷲ އެމީހަކަށް ބޮޑުވެގެންވާ عُقُوبَة ދެއްވައެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ عُقُوبَة ދެއްވުން ގަދަފަދަވެވޮޑިގެންވާ ކަލާނގެއެވެ.\nދަންނައެވެ. އިސްވެދިޔަ ހަތަރު آيَة ގައި އިޝާރާތްވެގެން އެ ވަނީ رَسُولُ الله ﷺ ގެ ޒަމާނުގައި مَدِينَة ވަޒަންވެރިވެގެން ތިބި يَهُودِي ންގެ بَنُواالنَّضِير قَبِيلَة ގެ މީހުންގެ ވާހަކައަށެވެ. އެކަން ވީގޮތެއް ކަމުގައި تَفْسِير عِلْم ވެރީން ލިޔުއްވާފައި ވަނީ އަންނަނިވި ފަދައިންނެވެ. رَسُولُ الله އާއި، ބައެއް أصْحاب ން (މަރުގެ ދިޔައެއްގެ މައްސަލައެއް ހަމަޖެއްސުމަށް ޓަކައި) بَنُواالنَّضِير ގެ قَبِيلَة އަށް ވަޑައިގެންނެވިއެވެ. އެތަނަށް ވަޑައިގަތުމުން އެ قَبِيلَة ގެ މީހުން އެކަލޭގެފާނާއި، أصحاب ން ރަނގަޅަށް ބައިތިއްބާފައި އަދި އެކަލޭގެފާނުގެ ކަންތައް ރަނގަޅަށް ހަމަޖައްސާނޭ ކަމުގައި ދަންނަވާފައި އެކި މީހުން އެކި ދިމާއަށް ދިޔައީއެވެ. ދެންފަހެ އެމީހުން ސައްލާކޮށްފައި ނިންމީ رَسُولُ ﷲ ގެ އިސްތަށިފުޅުގެ މައްޗަށް ބޮޑު ހިލައެއް ވައްޓައިލައި، އެކަލޭގެފާނު އަވަހާރަ ކޮށްލާށެވެ. އެކަލޭގެފާނު އިންނެވީ ގެއެއްގެ ފާރެއްގެ ހިޔަލުގައި އިށީނދެވަޑައިގެންނެވެ. ދެން އެބައިމީހުން ގެމައްޗަށް އަރައި، ހިލަ ވައްޓައިލުމުގެ حَرَكاة ހަމަ ހިންގުމުން އެކަލޭގެފާނަށް އެކަން ﷲ އަންގަވައިފިއެވެ. ދެންފަހެ، އެކަލޭގެފާނު އަވަހަށް އެތަނުން ތެދުވެވަޑައިގެން مَدِينَة އަށް ވަޑައިގަތީއެވެ. އެހައިތަނުން رَسُولُ اللَّهِ ﷺ އާއި، އެމީހުންނާ ވެވިފައިވާ عَهْد އެމީހުން އުވައިލީއެވެ. އަދި އެމީހުންނާ ހަނގުރާމައަށް ދިޔުމުގެ أمر ފުޅު ނުކުމެއްޖެއެވެ. ދެންފަހެ އެކަލޭގެފާނާއި، أصْحاب ބޭކަލުން ވަޑައިގެން އެމީހުންގެ ގޯތި-ގެދޮރު حَصار ކުރައްވައި، ވަށައިލައްވައިފިއެވެ. އެންމެފަހުން ދެފަރާތުން ވާހަކަދެކެވިގެން ނިމުނީ އެމީހުން ނުމަރައި، އެކީއެކަށް އެމީހުން مَدِينَة އިން ނުކުތުމަށެވެ. ނުކުމެގެން ދާއިރު ކޮންމެ މީހަކުވެސް جَمَل އެއް ބަރުކޮށް ގެންދެވޭ ތަކެތި ގެންދިއުމަށެވެ. ދެން ހުރިހާ މުދާ ބެހެއްޓުމަށެވެ. އެއީ ﷲ ގެ أمر ފުޅު އައި ގޮތެވެ. އެހެންމީހަކު ކުރިކަމެއްނޫނެވެ. މީހުން ހީވެސް ނުކުރާ ގޮތަކަށެވެ. ދެން އެމީހުން ނުކުމެގެން ދިޔައީ އެއްބަޔަކު خَيْبَر އަށެވެ. އަނެއް ބަޔަކު شام ކަރައަށެވެ. އެމީހުން ދަމުން ގެދޮރުގައި ހުރި ތަކެތީގެ ތެރެއިން އެމީހުންނަށް ގެންދާން ފެނުނު އެއްޗެއް ގެންދިޔައީއެވެ. ގެދޮރުގެ ތަންތަން ހަލާކުކޮށްގެންވެސް ގެންދިޔަ ކަމުގައި ވެއެވެ. އަނެއް ކޮޅުން އެތަން ހިފާންވެގެން مُؤْمِن ން ބައެއް ގަސްވެސް ކަނޑައި، ކަދުރު ރުއް ކަނޑައި ހެދިކަމަށް ވެއެވެ. އަދި ގޯތި-ގެދޮރުންވެސް ބައެއްވަރު ހަލާކު ކުރި ކަމުގައި ވެއެވެ. އެވާހަކައަށް އިޝާރާތް ކުރައްވައި قُرْآن ގައި 'يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ' يَعْنِي އެމީހުންގެ އަތްތަކުންނާއި، مُؤْمِن ންގެ އަތްތަކުން އެމީހުންގެ ގެތައް ހަލާކު ކުރަނީއެވެ. މިފަދައިން އެންގެވިއެވެ. ދެން މި حَادِثَة އާ ބެހޭ އަނެއް ބައި އަންނަނިވި آيَة ތަކުގައި بَيان ވެގެން އެ އަންނަނީއެވެ.
Verse 5
مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَآئِمَةً عَلَىٰٓ أُصُولِهَا فَبِإِذْنِ ٱللَّهِ وَلِيُخْزِىَ ٱلْفَـٰسِقِينَ
Transliteration mā qaṭaʿtum min līnatin aw taraktumūhā qāimatan ʿalā uṣūlihā fabi-idh'ni l-lahi waliyukh'ziya l-fāsiqīna
Dhivehi މޮޅު ކަދުރުގެ ތެރެއިން ތިޔަބައިމީހުން ކެނޑިނަމަ ކެނޑި ރުކެއް ވިޔަސް، ނުވަތަ ނުކަނޑައި އޭގެ ބުޑުގެ މަތީގައި ދޫކުރި ރުކެއްވިޔަސް، އެ ހުރިހައި ކަމަކީ ވެސް ހަމަ ﷲ ގެ إذْن ފުޅަށް ހިނގައިދިޔަ ކަންކަމެވެ. އަދި فاسِق ވެ، ނުބައިވި بَنُواالنَّضِير ގެ މީހުންނާއި، ދެންވެސް އެފަދަ فاسِق ން ދެރަކޮށް ނިކަމެތިކުރުމަށް ޓަކައި ﷲ ނިޔާކުރެއްވި ގޮތެވެ.
Verse 6
وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْهُمْ فَمَآ أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَـٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُۥ عَلَىٰ مَن يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Transliteration wamā afāa l-lahu ʿalā rasūlihi min'hum famā awjaftum ʿalayhi min khaylin walā rikābin walākinna l-laha yusalliṭu rusulahu ʿalā man yashāu wal-lahu ʿalā kulli shayin qadīrun
Dhivehi އަދި އެމީހުންގެ ކިބައިން، އެބަހީ بَنُواالنَّضِير ޔަހޫދީންގެ އަތުން ﷲ އެކަލާނގެ رَسُول އާއަށް ރައްދުކޮށްދެއްވި މުދައު ދަންނައެވެ. އެ މުދާ ހޯދުމަށް ތިޔަބައިމީހުން مُؤْمِن ން އަހަކަށް ސަވާރުވެ، އަދި جَمَل އެއްގެ މައްޗަށް ސަވާރުވެ އަވަސްވެ ނުގަންނަމުއެވެ. އެބަހީ ގަދަ ހަނގުރާމަ ނުކުރަމުއެވެ. އަދި އެހެން ނަމަވެސް ﷲ އެދިވޮޑިގެންނެވި ބައެއްގެ މައްޗަށް އެކަލާނގެ رَسُول ބޭކަލުން ފޮނުއްވައި، ގަދަކުރައްވައެވެ. ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ.\nދަންނައެވެ. بَنُواالنَّضِير ޔަހޫދީންގެ އަތުން رَسُولُ اللَّهِ ﷺ އަށް ﷲ مِلْك ކޮށްދެއްވި މުދަލަކީ އެހެނިހެން ހަނގުރާމައިގައި غَنِيْمَة މުދާ ލިބޭގޮތަށް ލިބުނު މުދަލެއް ނޫނެވެ. مُؤْمِن ންގެ އެއްވެސް މީހަކު އަސްމައްޗަށް ސަވާރުވެ، ގަދަ ހަނގުރާމަކޮށްގެން ހޯދި މުދަލެއް ނޫނެވެ. ދެފަރާތުގައި ވާހަކަދެކެވުނު ގޮތުން، އެމީހުން ބަހައްޓާފައި ދިޔަ މުދަލެކެވެ. އެހެންވެ އެ މުދަލަކީ ހަނގުރާމަ ނުކޮށް مُشْرِك ންގެ އަތުން އަތުވި މުދަލެކެވެ. އެފަދަ މުދަލަށް ކިޔަނީ فَيْءُ މުދަލެވެ. އެފަދަ މުދާ ބަހާންވީ ގޮތް ދެން މިއަންނަ އާޔަތުގައި تَفْصِيل ކޮށް އެ ވަނީއެވެ.
Verse 7
مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْ أَهْلِ ٱلْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ كَىْ لَا يَكُونَ دُولَةًۢ بَيْنَ ٱلْأَغْنِيَآءِ مِنكُمْ ۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
Transliteration mā afāa l-lahu ʿalā rasūlihi min ahli l-qurā falillahi walilrrasūli walidhī l-qur'bā wal-yatāmā wal-masākīni wa-ib'ni l-sabīli kay lā yakūna dūlatan bayna l-aghniyāi minkum wamā ātākumu l-rasūlu fakhudhūhu wamā nahākum ʿanhu fa-intahū wa-ittaqū l-laha inna l-laha shadīdu l-ʿiqābi
Dhivehi ހަނގުރާމަ ނުކޮށް، فَتْح ކުރެވޭ ރަށްރަށުން ﷲ އެކަލާނގެ رَسُول އަށް ރައްދުކޮށްދެއްވާ މުދާ ހުންނާނީ 1- ﷲ އަށާއި، 2- އެކަލާނގެ رَسُول އާއަށާއި، 3- رَسُولُ اللَّهِ ﷺ ގެ ގާތްތިމާގެފުޅު ބޭފުޅުން (بَنُو هاشِم އާއި، بَنُوالمُطَّلِب ން) ނަށާއި، 4- يَتِيم ންނަށާއި، 5- مِسْكِين ންނަށާއި، 6- ދަތުރުވެރީންނަށާއި އެވެ. އެހެން އެކަން ﷲ ނިޔާކުރެއްވީ ތިޔަބައިމީހުންކުރެ މުއްސަނދީންގެ އަތްމަތީގައި އެ މުދާ ނުދެމެހެއްޓުމަށެވެ. ފަހެ ތިޔަބައިމީހުންނަށް رَسُول އާ ދެއްވި އެއްޗެއްގައި (އަދި އެކަލޭގެފާނު ކުރެއްވި أمْر ފުޅެއްގައި) ތިޔަބައިމީހުން ހިފާށެވެ. އަދި އެ އެއްޗަކުން ނުވަތަ އެކަމަކުން ތިޔަބައިމީހުންނަށް އެކަލޭގެފާނު މަނާކުރެއްވި ކޮންމެ އެއްޗަކުން ވިޔަސް، އަދި ކަމަކުން ވިޔަސް ތިޔަބައިމީހުން ދުރުވެގަންނާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ﷲ އީ عُقُوبَة ގަދަފަދަވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ.
Verse 8
لِلْفُقَرَآءِ ٱلْمُهَـٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَـٰرِهِمْ وَأَمْوَٰلِهِمْ يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَـٰٓئِكَ هُمُ ٱلصَّـٰدِقُونَ
Transliteration lil'fuqarāi l-muhājirīna alladhīna ukh'rijū min diyārihim wa-amwālihim yabtaghūna faḍlan mina l-lahi wariḍ'wānan wayanṣurūna l-laha warasūlahu ulāika humu l-ṣādiqūna
Dhivehi فَيْءُ މުދާ އެއީ فَقِير مُهاجِريّ ބޭކަލުންނަށެވެ. (މި އާޔަތުގައި އެވަނީ ކުރީގެ آيَة އަށް تَأْكِيد ކޮށްދެއްވާފައެވެ. فَقِير مُهاجِريّ ބޭކަލުންގެ މުރާދަކީ رَسُولُ اللَّهِ ﷺ ގެ ގާތްތިމާގެފުޅު ބޭފުޅުންނެވެ. އެއީ ކުރީގެ އާޔަތުގައި އެވާ ذَوِى الْقُرْبَى ގެ މުރާދެވެ.) އެބައިމީހުންނަކީ އެބައިމީހުންގެ ގޮވަތި ގެދޮރާއި، މުދަލުން ނެރެވުނު މީހުންނެވެ. އެއީ ކާފަރުންގެ އުނދަގުލާހެދި مَكّة އިން ގޯތިގެދޮރާއި، މުދާ ދޫކޮށް هِجْرَة އަށް އައި މީހުންނެވެ. އެއީ ﷲ ގެ ރުއްސެވުން އެދިގެންނާއި، އަދި ﷲ އަށާއި، (ﷲ ގެ دِين އަށާއި) އެކަލާނގެ رَسُول އާއަށް نَصْر ދިނުމަށް ޓަކައެވެ. ހަމަކަށަވަރުން އެމީހުންނީ ތެދުވެރީންނެވެ. (މި އާޔަތުގައި މިވަނީ مُهاجِرِيّ ބޭކަލުންނަށް ވާ تَعْرِيف އާއި، ثَناء އެވެ. ދެން މިއަންނަ އާޔަތުގައި އެވަނީ أنْصارِيّ ބޭކަލުންނަށް ވާ تَعْرِيف އާއި، ثَناء އެވެ.)
Verse 9
وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَـٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ
Transliteration wa-alladhīna tabawwaū l-dāra wal-īmāna min qablihim yuḥibbūna man hājara ilayhim walā yajidūna fī ṣudūrihim ḥājatan mimmā ūtū wayu'thirūna ʿalā anfusihim walaw kāna bihim khaṣāṣatun waman yūqa shuḥḥa nafsihi fa-ulāika humu l-muf'liḥūna
Dhivehi އަދި ތިމާމެންގެ ގާތަށް هِجْرَة އަށް ވަޑައިގަންނަވާ ބޭކަލުން ވަޑައިގަތުމުގެ ކުރީން އީމާންވެ ވަޑައިގެން ތިމާމެންގެ ގޯތިގެދޮރު ތައްޔާރުކޮށްދެއްވައި ހަމަޖައްސައިދެއްވި أنْصارِيّ ބޭކަލުން (ދަންނައެވެ.) އެ ބޭކަލުންގެ ގާތަށް هِجْرَة އަށް ވަޑައިގަންނަވާ ބޭކަލުންނަށް ލޯބިކުރައްވައެވެ. އަދި مُهاجِرِيّ ބޭކަލުންނަށް ދެއްވުނު فَيْءُ މުދަލާމެދު އެއްވެސް ރުޅިވެރިކަމެއް، حَسَد ވެރިކަމެއް އެ ބޭކަލުންގެ ހިތްޕުޅުތަކުގައި ނުވެއެވެ. އަދި ކަމަކާމެދު ނުވަތަ އެއްޗަކާމެދު ތިމާމެންގެ نَفْس ތައް ކިތަންމެ ބޭނުމެއް ވެފައި ވިޔަސް އެބޭކަލުން އެހެން ބޭކަލުންގެ ބޭނުންތައް އިސްކުރައްވައެވެ. مُهاجِرِيّ ބޭކަލުންނަށް އިސްކަން ދެއްވައެވެ. ތިމާމެންގެ نَفْس ތައް ފަސްކުރައްވައެވެ. އަދި އެމީހާގެ نَفْس ގެ ދަހިވެތިކަމުން ސަލާމަތްވެ، ރައްކާތެރިވެއްޖެ މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހުންނީ كامِياب ވެ، نَصِيب ވެރިވެއްޖެ މީހުންނެވެ. (މި އާޔަތުގައި މި ވަނީ أنْصارِيّ ބޭކަލުންނަށް تَعْرِيف އާއި، ثَناء وَحِي ކުރައްވާފައެވެ. އެބޭކަލުންނީ ތިމާމެންގެ މުދަލާއި، އަނބީންވެސް ބައިކުރައްވާފައި مُهاجِرِيّ ބޭކަލުންނަށް ދެއްވި ބޭކަލުންނެވެ.) ދެން މި އަންނަ އާޔަތުގައި މިވަނީ أنْصارِيّ ބޭކަލުންނަށްފަހު ދެން މި أُمَّة އަށް އަންނާނޭ ހެޔޮލަފާ މީހުންނަށް تَعْرِيف އާއި، ثَناء އެވެ. އެމީހުންގެ ބައެއް ސިފައެވެ.
Verse 10
وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَـٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ
Transliteration wa-alladhīna jāū min baʿdihim yaqūlūna rabbanā igh'fir lanā wali-ikh'wāninā alladhīna sabaqūnā bil-īmāni walā tajʿal fī qulūbinā ghillan lilladhīna āmanū rabbanā innaka raūfun raḥīmun
Dhivehi އަދި އެ ބޭކަލުންގެ ފަހުން (އެބަހީ مُهاجِريّ ންނާއި، أنْصارِيّ ބޭކަލުންގެ ފަހުން) ދެން އައި މީހުން (ދަންނައެވެ.) އެމީހުން ﷲ އަށް ދަންނަވައެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންނާއި، އަދި إيْمان ކަމުގައި އިސްވެގަތް އަޅަމެންގެ أخ ންނަށް ފާފަ ފުއްސަވާނދޭވެ! އަދި إيْمان ވި މީސްތަކުންނާމެދު އަޅަމެންގެ ހިތްތަކުގައި އެއްވެސް حَسَد ވެރިމެއް، ރުޅިވެރިކަމެއް ނުލައްވާނދޭވެ! އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެއީ އޯގާވަންތަކަން ނުހަނު ބޮޑުވެގެންވާ، ގިނަގިނައިން رَحْمَة ލައްވާ ރަސްކަލާނގެއެވެ.
Verse 11
۞ أَلَمْ تَرَ إِلَى ٱلَّذِينَ نَافَقُوا۟ يَقُولُونَ لِإِخْوَٰنِهِمُ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَـٰذِبُونَ
Transliteration alam tara ilā alladhīna nāfaqū yaqūlūna li-ikh'wānihimu alladhīna kafarū min ahli l-kitābi la-in ukh'rij'tum lanakhrujanna maʿakum walā nuṭīʿu fīkum aḥadan abadan wa-in qūtil'tum lananṣurannakum wal-lahu yashhadu innahum lakādhibūna
Dhivehi (އޭ މާތްވެގެންވާ رَسُول އާއެވެ.) مُنافِق ވެގެން މި އުޅޭ މީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުންނަށް ނިކަން ބައްލަވާށެވެ. أَهْلُ كِتاب ންގެ ތެރެއިން ކާފަރުވި، އެމީހުންގެ أخ ންނަށް އެމީހުން ބުނެއެވެ. [ކަލޭމެން ރަށުން ނެރެވިއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންނާއެކު އަހުރެމެން ނުކުންނަ ހުށީމެވެ. އަދި ކަލޭމެންގެ نِسْبَة ގައި އެއްވެސް ބަޔަކަށް އަހުރެމެން ދުވަހަކުވެސް ކިޔަމަން ނުވާހުށީމެވެ. އަދި ކަލޭމެންނާ ހަނގުރާމަ ވެވެންޏާ ހަމަކަށަވަރުން އަހުރެމެން ކަލޭމެންނަށް نَصْر ދޭހުށީމެވެ.] (މިއީ އެމީހުން ބުނި ބަސްތަކެވެ. މި ބަސްތައް އެއީ ދޮގެއް ކަމުގައި ﷲ ހެކިވެވޮޑިގަންނަވަނީއެވެ. އެކަލާނގެ وَحِي ކުރައްވާފައި އެވަނީ) ހަމަކަށަވަރުން އެމީހުން އެ ބުނާ ބަސްތަކުގައި އެމީހުންނަކީ ދޮގުވެރީން ކަމުގައި ﷲ ހެކިވެވޮޑިގަންނަވައެވެ.
Verse 12
لَئِنْ أُخْرِجُوا۟ لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا۟ لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ ٱلْأَدْبَـٰرَ ثُمَّ لَا يُنصَرُونَ
Transliteration la-in ukh'rijū lā yakhrujūna maʿahum wala-in qūtilū lā yanṣurūnahum wala-in naṣarūhum layuwallunna l-adbāra thumma lā yunṣarūna
Dhivehi އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން رَسُولُ اللَّهِ ﷺ އާ ސިއްރު ވާހަކައެއް ދައްކާން قَصْد ކުރަންޏާ އެ ވާހަކައެއް ދައްކާން ފެށުމުގެ ކުރީން صَدَقاة އެއް ކުރާށެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮވެފައި طاهر ކަން ބޮޑެވެ.
Verse 13
لَأَنتُمْ أَشَدُّ رَهْبَةً فِى صُدُورِهِم مِّنَ ٱللَّهِ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ
Transliteration la-antum ashaddu rahbatan fī ṣudūrihim mina l-lahi dhālika bi-annahum qawmun lā yafqahūna
Dhivehi (އޭ مُؤْمِن ންނޭވެ.) އެ مُنافِق ންގެ ހިތްތަކުގައި ކަލޭމެންގެ މައްޗަށް އޮންނަ ބިރު ﷲ ގެ މައްޗަށް އެމީހުންގައި އޮންނަ ބިރަށްވުރެވެސް މާ ބޮޑެވެ. އެހެން އެވަނީ ހަމަކަށަވަރުން އެމީހުންނަކީ އެއްޗެއް ނުވިސްނޭ ބަޔަކު ކަމުގައި ވީތީއެވެ. ދަންނައެވެ. مُنَافِقُ ންގެ ހިތުގައި ﷲ ގެ މައްޗަށް އޮންނަ ބިރަށްވުރެ رَسُول އާ އަށާއި، مُؤْمِن ތަކުންނަށް އޮންނަ ބިރު ގަދަވެގެން ވަނީ ﷲ ގެ ކޯފާއާއި، عَذَاب ލަސްކުރައްވާފައި ވުމާއި، مُؤْمِن ންގެ ފަރާތުން އަންނަ عَذَاب އާއި، ނުރައްކާ، ކުއްލިވެފައި އަވަސްވާތީއެވެ. އެކަމަކު އެއީ اللَّهގެ أمْر ފުޅަށް مُؤْمِن ން ހިންގަމުން ގެންދާ ކަންތައް ކަމެއް އެމީހުންނަކަށް ނުވިސްނެއެވެ.
Verse 14
لَا يُقَـٰتِلُونَكُمْ جَمِيعًا إِلَّا فِى قُرًى مُّحَصَّنَةٍ أَوْ مِن وَرَآءِ جُدُرٍۭ ۚ بَأْسُهُم بَيْنَهُمْ شَدِيدٌ ۚ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ
Transliteration lā yuqātilūnakum jamīʿan illā fī quran muḥaṣṣanatin aw min warāi judurin basuhum baynahum shadīdun taḥsabuhum jamīʿan waqulūbuhum shattā dhālika bi-annahum qawmun lā yaʿqilūna
Dhivehi (އޭ مُؤْمِن ންނޭވެ.) އެ مُنافِق ންނާއި، يَهُودِي ން އެކުއެކުގައި ފައުޅުގައި ތިބެގެން ކަލޭމެންނާ ހަނގުރާމަ ނުކުރާނެއެވެ. އެމީހުން ހަނގުރާމަ ކުރިޔަސް ކުރާނީ ރައްކާތެރިވެގެންވާ ކޯއްޓޭތަކެއްގައި ފިލައި ތިބެގެންނެވެ. ނުވަތަ ބިތްތަކެއްގެ ނިވަލުގައި ތިބެގެންނެވެ. އެމީހުން އެކަކު އަނެކަކަށް ދެކޮޅުވެރިކަމާއި، ރުޅިވެރިކަން ނުހަނު ގަދަވެގެން ވެއެވެ. ކަލޭމެން ހީކުރަނީ އެމީހުން ނިކަން އެއްބައިވެފައި އެކަތިގަނޑުކަމަށް ތާއެވެ؟! އެކަމަކު އެމީހުންގެ ހިތްތައް ވަނީ ބައިބައިވެ، إخْتِلاف ވެގެންނެވެ. އެކަން އެހެން އެވަނީ ހަމަކަށަވަރުން އެމީހުންނަކީ ނުވިސްނޭ، ބުއްދި ނުކުރެވޭ ބަޔަކު ކަމުގައި ވީތީއެވެ.
Verse 15
كَمَثَلِ ٱلَّذِينَ مِن قَبْلِهِمْ قَرِيبًا ۖ ذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ
Transliteration kamathali alladhīna min qablihim qarīban dhāqū wabāla amrihim walahum ʿadhābun alīmun
Dhivehi މިމީހުންގެ މިސާލަކީ ދާދި ގާތް ماضِى އެއްގައި މިމީހުންގެ ކުރީން ވޭތިވެދިޔަ މީހުންގެ މިސާލެވެ. ފަހެ އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ރަހަ ލިބިގަތީއެވެ. އަދި އެމީހުންނަށް ހުރީ ވޭންދެނިވި عَذَاب އެވެ.\nދަންނައެވެ. މި އާޔަތުގައި މި އިޝާރާތްވާ ބަޔަކީ مَكَّة ގެ مُشْرِك ންނެވެ. بَدْر ހަނގުރާމައިގައި ބައިވެރިވި ކާފަރުންގެ ވާހަކައެވެ. އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ރަހަ ލިބިގަތީއެވެ. بَدْر ހަނގުރާމަ ހިނގައި ދިޔައީ بَنُوالنَّضِير މީހުންގެ މި ކަންތައްގަނޑުގެ 6 މަސްދުވަސް ކުރީންނެވެ. بَدْر ގައި مَكَّة ގެ مُشْرِك ން އެމީހުން ކުރި ކަންތަކުގެ ބޮނޑި ބުއީއެވެ. މިމީހުންވެސް އެމީހުންގެ ކަންތަކުގެ ބޮނޑި ބުއީއެވެ. وَاللَّهُ أعْلَمُ
Verse 16
كَمَثَلِ ٱلشَّيْطَـٰنِ إِذْ قَالَ لِلْإِنسَـٰنِ ٱكْفُرْ فَلَمَّا كَفَرَ قَالَ إِنِّى بَرِىٓءٌ مِّنكَ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَـٰلَمِينَ
Transliteration kamathali l-shayṭāni idh qāla lil'insāni uk'fur falammā kafara qāla innī barīon minka innī akhāfu l-laha rabba l-ʿālamīna
Dhivehi އެމީހުންގެ (يَعْنِي މުނާފިގުންނާއި، يَهُودِي ންގެ) މިސާލަކީ ސައިތާނާގެ މިސާލެވެ. އެ ސައިތާނުވެސް އިންސާނުން ގާތު ކާފަރުވާށޭ ބުނާނެއެވެ. އަދި ކާފަރުވާނޭ ވަސްވާސްވެސް ލައި ހަދާފައި އެ އިންސާނާ ކާފަރު ހަމަ ވުމުން ސައިތާނާ އެ އިންސާނާއާ ދިމާއަށް ބުނާނެއެވެ. [އަހުރެން ކަލޭގެ ކިބައިން ދުރުވެ، ބަރީއަވެގެންފީމެވެ. عالَم ތަކުގެ ވެރި رَبّ އަށް އަހުރެން ބިރުގަންނަމެވެ.]
Verse 17
فَكَانَ عَـٰقِبَتَهُمَآ أَنَّهُمَا فِى ٱلنَّارِ خَـٰلِدَيْنِ فِيهَا ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّـٰلِمِينَ
Transliteration fakāna ʿāqibatahumā annahumā fī l-nāri khālidayni fīhā wadhālika jazāu l-ẓālimīna
Dhivehi ފަހެ އެ ދެމީހުންގެ آخِر ގެ ނިމުމަކީ ނަރަކައެވެ. ދެމީހުންވެސް އެތާ ދެމިތިބޭ حال ގައެވެ. އަދި އަނިޔާވެރީންގެ جَزاء އަކީ އެއީއެވެ.\nދަންނައެވެ. މުނާފިގުންވެސް يَهُودِي ންނަށް އެ ހުރިހައި ހިތްވަރެއް ދީފައި އެމީހުން مَدِينَة އިން ނުކުމެގެން ދިޔައިރު އެމީހުންނާއެކު ދިޔައީއެއްވެސް ނޫނެވެ. އަދި އެއްވެސް نَصْر އެއްވެސް ދިނީއެއް ނޫނެވެ. ސައިތާނުވެސް އިންސާނާއާ މެދު ކަންކުރީ ހަމަ އެހެންނެވެ.
Verse 18
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ
Transliteration yāayyuhā alladhīna āmanū ittaqū l-laha waltanẓur nafsun mā qaddamat lighadin wa-ittaqū l-laha inna l-laha khabīrun bimā taʿmalūna
Dhivehi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! تَقْوَى ވެރި ވާށެވެ! އަދި ކޮންމެ نَفْس އެއްވެސް މާދަމާ، قِيامَة ދުވަހަށް ޓަކައި ރައްކާކުރީ ކޮން عَمَل އެއްތޯ ބަލައި تَحْقِيق ކުރާހުށި ކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ ހުރިހައި ކަމެއްގެ خَبَر ﷲ ދެނެވޮޑިގެން ވެއެވެ.
Verse 19
وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ
Transliteration walā takūnū ka-alladhīna nasū l-laha fa-ansāhum anfusahum ulāika humu l-fāsiqūna
Dhivehi އަދި އެބައިމީހުން ﷲ ހަނދާން ނައްތައިލި މީހުން ފަދައިން ތިޔަބައިމީހުން ނުވާހުށި ކަމެވެ. ފަހެ އޭގެ ސަބަބުން ﷲ އެމީހުން އެމީހުންގެ نَفْس ތަކުގެ މަތީން ހަނދާންނެތި ކުރުވައިފިއެވެ. ހެޔޮކަމުގެ މަތީން އެމީހުންގެ نَفْس ތައް މުޅީން ހަނދާންނެތި ކުރުވީއެވެ. އެއީ ހަމަ ކަނޑައެޅިގެން فاسِق ންނެވެ.
Verse 20
لَا يَسْتَوِىٓ أَصْحَـٰبُ ٱلنَّارِ وَأَصْحَـٰبُ ٱلْجَنَّةِ ۚ أَصْحَـٰبُ ٱلْجَنَّةِ هُمُ ٱلْفَآئِزُونَ
Transliteration lā yastawī aṣḥābu l-nāri wa-aṣḥābu l-janati aṣḥābu l-janati humu l-fāizūna
Dhivehi ނަރަކައިގެ އެކުވެރީންނާއި، ސުވަރުގޭގެ އެކުވެރީން ހަމަހަމަވެގެން ނުވެއެވެ. ނުވެސް ވާނެއެވެ. ސުވަރުގޭގެ އެކުވެރީންނީ ކަނޑައެޅިގެން ނަސީބުވެރީންނެވެ. (ނަރަކައިގެ އެކުވެރީންނީ އަބާއްޖަވެރީންނެވެ.)
Verse 21
لَوْ أَنزَلْنَا هَـٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَـٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَـٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ
Transliteration law anzalnā hādhā l-qur'āna ʿalā jabalin lara-aytahu khāshiʿan mutaṣaddiʿan min khashyati l-lahi watil'ka l-amthālu naḍribuhā lilnnāsi laʿallahum yatafakkarūna
Dhivehi ފަރުބަދައެއްގެ މައްޗަށް ތިމަން ރަސްކަލާނގެ މި قُرْآن ބާވައިލެއްވިނަމަ ކަލޭގެފާނު ދެކެވަޑައިގަންނަވާނީ ﷲ އަށް ބިރުން އެ ފަރުބަދަ މުޅީން ކުދިކުދިވެ، ހަލާކުވެގެން ވަނިކޮށެވެ. އަދި މީސްތަކުންނަށް ތިމަން ރަސްކަލާނގެ އެފަދަ މިސާލުތައް ޖައްސަވަނީ އެބައިމީހުން فِكْر ކޮށް، ﷲ ގެ قُدْرَة ތެރިކަމާމެދު ވިސްނައިހެދުމަށް ޓަކައެވެ.\nދަންނައެވެ. (قُرْآن ގެ ބޮޑުކަމާއި، މާތްކަމާއި، لَفْظ ތަކުގެ ރަނގަޅުކަމާއި، އަދި އެ އެތުރިފައިވާލެއް ވަރުގަދަކަމާއި، بَلاغَة ގެ ފުރިހަމަކަމާއި، އަދި ހިތްތައް މަޑުވެ، މައިތިރިވާ ފަދަ وَعْظ އާއި، نَصِيحَة ގެ މައްޗަށް އެކުލެވިފައި ވުމާއި، މިކަންކަން އެކުލެވިގެންވާ މާތް قُرْآن ބިމުގައި ރަނގަޅަށް ހަރުލައި، ފެތުރިފައިވާ ވަރުގަދަ، ގަދަފަދަ، ހަރު، ބޮޑެތި ފަރުބަދަތަކުގެ ތެރެއިން ފަރުބަދައެއްގެ މައްޗަށް ބާވައިލެއްވި ނަމަވެސް، ﷲ އަށް ބިރުން އެ ފަރުބަދަ މުޅީން ކުދިކުދިވެ، ބުރައިގެން ހިނގައްޖައީހެވެ. އޭގައިވާ عَذَاب ގެ ބަސްފުޅުތަކުގެ ވަރުގަދަކަމާއި، قُرْآن ގެ މާތްކަމާއި، ބޮޑުކަމަށް ބަލާއިރު އެއަށް އަދާކުރާން واجِب ވާ حَقّ إحْتِرام އާއި، تَعْظِيم އަދާ ނުކުރެވިދާނޭކަމަށް ބިރުންނެވެ. އެކަމަކު މިހިރަ ދެރަ ضَعِيف ނިކަމެތި އިންސާނާގެ ހަށިގަނޑުގައި ވާ މުށަށް ލެވޭވަރުގެ ގުނަވަން - އޭނާގެ ހިތް قُرْآن -ން އޭގެ އެއްވެސް އަސަރެއް ނުކުރާ ކަމީ ކުޑަ عَجائِب އެއް ނޫނެވެ.)\nމި آيَة ން رَسُولُ ﷲ ގެ شَخْصِيَّة ގެ ثابِت ކަމާއި، އެކަލޭގެފާނުގެ جَلَال ގެ މަތިވެރިކަން ވަރަށް ފުރިހަމަ ގޮތެއްގައި ސާބިތުވެއެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައި އެ ބާރުގަދަ قُرْآن تَحَمَّل ކޮށްދެއްވި މާތް ﷲ ގެ ކުޅަދުންވަންތަކަމާއެވެ!
Verse 22
هُوَ ٱللَّهُ ٱلَّذِى لَآ إِلَـٰهَ إِلَّا هُوَ ۖ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ۖ هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ
Transliteration huwa l-lahu alladhī lā ilāha illā huwa ʿālimu l-ghaybi wal-shahādati huwa l-raḥmānu l-raḥīmu
Dhivehi ﷲ އީ އެކަލާނގެ ފިޔަވައި އެހެން އެއްވެސް حَقّ إله އަކު ނުވާ އެއްކައުވަންތަ ﷲ އެވެ. ސިއްރާއި، ފައުޅު ދެނެވޮޑިގެންވާ، رَحْمٰن ވަންތަ، رَحِيم ވަންތަ ކަލާނގެއެވެ.
Verse 23
هُوَ ٱللَّهُ ٱلَّذِى لَآ إِلَـٰهَ إِلَّا هُوَ ٱلْمَلِكُ ٱلْقُدُّوسُ ٱلسَّلَـٰمُ ٱلْمُؤْمِنُ ٱلْمُهَيْمِنُ ٱلْعَزِيزُ ٱلْجَبَّارُ ٱلْمُتَكَبِّرُ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ
Transliteration huwa l-lahu alladhī lā ilāha illā huwa l-maliku l-qudūsu l-salāmu l-mu'minu l-muhayminu l-ʿazīzu l-jabāru l-mutakabiru sub'ḥāna l-lahi ʿammā yush'rikūna
Dhivehi ﷲ އީ އެކަލާނގެ ފިޔަވައި حَقّ އެހެން އެއްވެސް إله އަކު ނުވާ، ހުރިހައި ކަމެއްގެ ވެރި، އަދި ހުރިހައި عَيْب އަކުން ހުސް طَاهِر ވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ. އެންމެހައި އުނި ކަމަކުން ސަލާމަތް ވެގެންވާ ކަލާނގެއެވެ. مُعْجِزَة އާއި، حُجَّة އާއި بُرْهان ން އެކަލާނގެ رَسُول ން ތެދުކުރައްވާ ކަލާނގެއެވެ. އަޅުތަކުންގެ عَمَل ތަކުގެ މައްޗަށް އަބަދާއި، އަބަދު ބައްލަވާވޮޑިގެންވާ ގަދަފަދަވަންތަ، އަދި އެހެނިހެން ފަރާތްތަކުން ބަދަލު ހިއްޕެވުންވެސް ގަދަފަދަވަންތަ، جَبّار ވަންތަ ކަލާނގެއެވެ. އަދި އެއީ އެންމެހައި އަޅުތަކުންގެ މައްޗަށް كِبْرِياء ވަންތަވެ ވޮޑިގެންވާ ކަލާނގެއެވެ. مُشْرِك ން ކުރާ شِرْك ތަކުން އެކަލާނގެ ހުސް طَاهِر ވަންތަވެ ވޮޑިގެން ވެއެވެ.
Verse 24
هُوَ ٱللَّهُ ٱلْخَـٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ يُسَبِّحُ لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
Transliteration huwa l-lahu l-khāliqu l-bāri-u l-muṣawiru lahu l-asmāu l-ḥus'nā yusabbiḥu lahu mā fī l-samāwāti wal-arḍi wahuwa l-ʿazīzu l-ḥakīmu
Dhivehi ﷲ އީ އެދިވޮޑިގަންނަވާ ގޮތަކަށް ތަކެތި މިންވަރުކުރައްވާ، އަދި އަލަށް ތަކެތި إيجاد ކުރައްވާ ކަލާނގެއެވެ. އަދި ތަފާތު صُورَة ތަކާއި، ސިފަތަކުގައި ތަކެތި ސޫރަކުރައްވާ ކަލާނގެއެވެ. އެންމެހައި ރީތި، ރަނގަޅު ނަންފުޅުތައް ވަނީ އެކަލާނގެއަށެވެ. އުޑުތަކާއި، ބިމުގައި ވާހައި ތަކެތި އެކަލާނގެއަށް تَسْبِيح ކިޔައެވެ. އެކަލާނގެއީ عِزّة ވަންތަ، حِكْمَة ވަންތަ ކަލާނގެއެވެ.
Read Surah Al-Hashr in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.