MyDugsiStart learning

Surah Al-Fil in Dhivehi: translation and audio

Surah 105 · الفيل · The Elephant · 5 verses

Surah Al-Fil verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Fil word by word in English.

Verse 1

أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَـٰبِ ٱلْفِيلِ

Transliteration alam tara kayfa faʿala rabbuka bi-aṣḥābi l-fīli

Dhivehi (އޭމަތްވެގެންވާ ރަސޫލާއެވެ!) އެތުގެ އެކުވެރިންނާއިމެދު ކަލޭގެފަނުންގެ رَبُّ ކަންތައްކުރެއްވީ ކޮންފަދައަކުންކަން، ނުވަތަ ކަންތައްކުރެއްވި ގޮތާއިމެދު - ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ ނުވިސްނަވަމުތޯއެވެ؟

Verse 2

أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍ

Transliteration alam yajʿal kaydahum fī taḍlīlin

Dhivehi އެބައިމީހުންގެ ރޭވުމާއި ތަދުބީރު ގެއްލުމާއި ހަލާކު ކަމުގައި އެކަލާނގެ ނުލައްވައިތޯއެވެ؟ އެބަހީ އެމީހުންގެ ރޭވުމާއި ތަދުބީރު ގެއްލުމާއި ހަލާކު ކަމުގައި އެކަލާނގެ އެމީހުންގެމައްޗަށް ލެއްވިއެވެ.

Verse 3

وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ

Transliteration wa-arsala ʿalayhim ṭayran abābīla

Dhivehi އެކަލާނގެ އެބައިމީހުން ހަލާކު ކުރެއްވުމަށް އެމީހުންގެމައްޗަށް ފޮނުއްވީ އަބާބީލު އެވެކިޔާ ކުދިކުދި ދޫނިތަކެކެވެ.

Verse 4

تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ

Transliteration tarmīhim biḥijāratin min sijjīlin

Dhivehi އެދޫނިތައް ނަރަކައިން ހޫނުކުރެވިފައިވާ ހިލަތަކަކުން އެމީހުން ހަލާކު ކުރެއްވީއެވެ. އެއިން ކޮންމެދޫންޏެއް ގެންނަނީ ގޮދަންފުކެއްވަރުގެ ނުވަތަ ފަޅިމުގުފުކެއްވަރުގެ ތިން ހިލައެވެ. އެއީ އެސޮރުގެ ތުބުގައި ހިލަޔަކާއި ދެފައިގާ ދެހިލައެވެ. ކޮންމެ ހިލައެއްގައި އެހިއަކުން ޖެހެންވީމީހާގެ ނަންލިލެވިގެންވެއެވެ. އެއިން ހިލަޔަކުން މީހަކު ގައިގާ ޖެހުނީމާ އެމީހާގެ ގޮހޮރު ނުކުމެ ގުނަވަންތައްވެރި ދެން އެންމެފަހުން މަރުވެގެންދަނީއެވެ.

Verse 5

فَجَعَلَهُمْ كَعَصْفٍ مَّأْكُولٍۭ

Transliteration fajaʿalahum kaʿaṣfin makūlin

Dhivehi އެމީހުން މަރުވެގެން ބިމަށް ވެރިފައިތިބިއިރު ހީވަނީ ގެރިބަކަރި ކައިވަރާފައިވާ ފަތްތަކެއްހެންނެވެ. ނުވަތަ ހިކި ހުއިތަކެއްހެންނެވެ.\nދަންނައެވެ. މިސޫރަތުގައި ބަޔާންވެގެން މިދަނީ މައްކާގެ ގެފުޅު ހަލާކު ކުރުމުގެ ނިޔަތުގައި ޔަމަނުކަރައިގެ އޭރު ހުރި ރަސްގެފާނު أَبْرَهَة އާއި އޭނާޔާއިއެކުއައި ލަޝްކަރު الله ހަލާކު ކުރެއްވިގޮތުގެ ކުރު خُلآصَة އެކެވެ. އެމީހުން އަރައިގެން އައި ނީލަގެރި އެތްތަކަކަށްވާތީ އެމީހުންނަށް އެތުގެ އެކުވެރިންގެ ނަމުން މަޝްހޫރު ވެގެންވަނީއެވެ. މިބައިމީހުން މައްކާއަށް އަރަން ގަސްދުކޮށްގެން ދަނިކޮށް وَادِيْ مُحَسَّر ކިޔާހިސާބަށް އައުމުން الله އެމީހުންގެމައްޗަށް އެދޫނިތައް ފޮނުއްވައި އެމީހުން ހަލާކު ކުރެއްވީއެވެ. މިވާހަކަ تَفْصِيْلُ ކޮށް تَفْسِيْر ފޮތްތަކުގައި ލިޔެވިގެން ވެއެވެ. މި ޙާދިޘާ ހިނގާދިޔައީ رسول الله ﷺ ރައްކައުވުމުގެ ކުޑަތަންކޮޅެއްކުރިން ކަމުގައި އެކަމަކު ދާދި ގާތުގައި ކަމުގައި ތާރީޚްގައި ބަޔާންވެގެންވެއެވެ. والله أعلم.

Read Surah Al-Fil in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.