MyDugsiStart learning

Surah Nuh in Dhivehi: translation and audio

Surah 71 · نوح · Noah · 28 verses

Surah Nuh verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Nuh word by word in English.

Verse 1

إِنَّآ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ

Transliteration innā arsalnā nūḥan ilā qawmihi an andhir qawmaka min qabli an yatiyahum ʿadhābun alīmun

Dhivehi ހަމަކަށަވަރުން ތިމަންރަސްލާނގެ نُوْح عَلَيهِ السَلام އެކަލޭގެފާނުންގެ ޤައުމަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. އަދި އެކަލޭގެފާނަށް އެންގެވީމެވެ. ކަލޭގެފާނުންގެ ޤައުމަށް އިންޒާރު ކުރައްވާށެވެ. (قِيامة ދުވަސް އައުމުގެ ބިރުވެރިކަމުގެ ޚަބަރު އެމީހުންނަށް ދެއްވާށެވެ.) އެއީ އެމީހުންނަށް ވޭންދެނިވި عَذاب އެއް އައުމުގެ ކުރިންނެވެ. އެބަހީ އޭގެ ކުރިން އެމީހުން އީމާންވެ الله އަށް شِرْك ނުކޮށް ރަނގަޅު ޞާލިޙު ބަޔަކަށް ވުމަށެވެ.

Verse 2

قَالَ يَـٰقَوْمِ إِنِّى لَكُمْ نَذِيرٌ مُّبِينٌ

Transliteration qāla yāqawmi innī lakum nadhīrun mubīnun

Dhivehi އެކަލޭގެފާނު - އެބަހީ نُوْح عَلَيه السلام- އެކަލޭގެފާނުންގެ ޤައުމަށް ވިދާޅުވިއެވެ. ގޮވާލެއްވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެންގެ ގާތަށް އައި ނަޒީރަކީމެވެ. އެބަހީ عَذاب އަތުވެދާނެ ކަމުގެ ބިރުވެރިކަމުގެ ޚަބަރު ދިނުމަށްއައިމީހެކެވެ.

Verse 3

أَنِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ وَأَطِيعُونِ

Transliteration ani uʿ'budū l-laha wa-ittaqūhu wa-aṭīʿūni

Dhivehi އެއީ ކަލޭމެން الله އަށް އަޅުކަންކުރާށޭ އަދި އެކަލާނގެއަށް ބިރުވެތިވާށެވެ. އަދި ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ! (މިހެން ގޮވާލުމަށެވެ.)

Verse 4

يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ أَجَلَ ٱللَّهِ إِذَا جَآءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ

Transliteration yaghfir lakum min dhunūbikum wayu-akhir'kum ilā ajalin musamman inna ajala l-lahi idhā jāa lā yu-akharu law kuntum taʿlamūna

Dhivehi އޭރުން އެކަލާނގެ ކަލޭމެންގެ ފާފައިގެ ތެރެއިން ބައެއް ފާފަ ފުއްސަވައި އަދި ކަނޑައެޅި ނަންކިއައިގެންވާ ވަކި ދުވަހަކަށް ކަލޭމެން ލަސްކުރަށްވާ ހުއްޓެވެ. ހަމަކަށަވަރުން الله ކަނޑައަޅުއްވައިފައިވާ ދުވަސް އަތުވެއްޖެއްޔާއި ދެން ލަސްފަސްވުމެއްނޯއްނާނެއެވެ. އެކަން ކަލޭމެންނަށް އެނގޭނެނަމައެވެ.

Verse 5

قَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًا وَنَهَارًا

Transliteration qāla rabbi innī daʿawtu qawmī laylan wanahāran

Dhivehi އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ހަމަކަށަވަރުން މިއަޅާ މިއަޅާގެ ޤައުމަށް ދަޢްވަތު ދީފީމެވެ. ގޮވައިލައި تبليغ ކޮށްފީމެވެ. އެއީ ރޭގަނޑާއި ދުވާލުގައިވެސް މެއެވެ.

Verse 6

فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًا

Transliteration falam yazid'hum duʿāī illā firāran

Dhivehi އަދި މިއަޅާގެ ގޮވައިލެއްވުމުން އެމީހުން ފުރަގަސް ދިނުމާއި ފިލައަގެން ދިއުން މެނުވީ އިތުރެއް ނުކުރިއެވެ.

Verse 7

وَإِنِّى كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوٓا۟ أَصَـٰبِعَهُمْ فِىٓ ءَاذَانِهِمْ وَٱسْتَغْشَوْا۟ ثِيَابَهُمْ وَأَصَرُّوا۟ وَٱسْتَكْبَرُوا۟ ٱسْتِكْبَارًا

Transliteration wa-innī kullamā daʿawtuhum litaghfira lahum jaʿalū aṣābiʿahum fī ādhānihim wa-is'taghshaw thiyābahum wa-aṣarrū wa-is'takbarū is'tik'bāran

Dhivehi އަދި ހަމަކަށަވަރުން އިބަރަސްކަލާނގެ އެމީހުންގެ ފާފަ ފުއްސެވުމުގެ ސަބަބެއްކަމުގައިވާ އީމާން ކަމަށާއި ކިޔަމަންތެރި ކަމަށް މިއަޅާ އެމީހުންނަށް ގޮވައިލެއްވި ކޮންމެ ހިނދެއްގައި އެމީހުންގެ އިނގިލިތައް އެމީހުންގެ ކަން ފަތް ތަކުގެ މަތީގައި އަޅަނީއެވެ. އަދި އެމީހުންގެ ހެދުންތައް މުޅި ގައިގާ އޮޅާ މިއަޅާގެ އަޑު ނީވޭނެ ގޮތުން ނިވައި ވަނީއެވެ. އަދި އެކާފަރުކަންމަތީ އެމީހުން އެދެމިތިބެނީ އެވެ. އަދި އެމީހުން ކަނޑައެޅިގެން ބޮޑާވެ ކިބުރުވެރިވެ ގަންނަނީއެވެ.

Verse 8

ثُمَّ إِنِّى دَعَوْتُهُمْ جِهَارًا

Transliteration thumma innī daʿawtuhum jihāran

Dhivehi ދެންފަހެ މިއަޅާ އެމީހުންނަށް ފައުޅުގައި ގޮވާލައިފީމުއެވެ.

Verse 9

ثُمَّ إِنِّىٓ أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا

Transliteration thumma innī aʿlantu lahum wa-asrartu lahum is'rāran

Dhivehi ދެންހަމަކަށަވަރުން މިއަޅާ އެމީހުންނަށް ބާރު އަޑުން ދަޢްވަތު އިޢްލާން ކޮށްފީމެވެ. އަދި ކަނޑައެޅިގެން ސިއްރު ސިއްރުން (އެކިއެކި މީހުން ވަކިވަކިން ގެނުވައިގެންވެސް) ދަޢްވަތު ދީފީމެވެ.

Verse 10

فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا

Transliteration faqul'tu is'taghfirū rabbakum innahu kāna ghaffāran

Dhivehi އަދި މިއަޅާ އެމީހުންނަށް ބުނީމެވެ. ކަލޭމެން ކަލޭމެން رب ގެ حَضْرَةُ ގައި ކަލޭމެންގެ ފާފަފުއްސެވުން އެދިދަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެ ވޮޑިގެންވަނީ ގިނަ ގިނައިން ފާފަ ފުއްސަވާ ކަލަކު ކަމުގައެވެ.

Verse 11

يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا

Transliteration yur'sili l-samāa ʿalaykum mid'rāran

Dhivehi އެކަލާނގެ ކަލޭމެންގެމައްޗަށް އުޑުންބޯވާރޭވެއްސަވާނެއެވެ. (އެބަހީ ފާފަ ފުއްސެވުމަށް އެދި ތައުބާވުމަކީ ވާރޭފެން ގިނަވެ މުއްސަދިވުމުގެ ސަބަބެކެވެ. އަދި އޭގެއިދިކޮޅު އިދިކޮޅެވެ.)

Verse 12

وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّـٰتٍ وَيَجْعَل لَّكُمْ أَنْهَـٰرًا

Transliteration wayum'did'kum bi-amwālin wabanīna wayajʿal lakum jannātin wayajʿal lakum anhāran

Dhivehi އަދި މުދަލާއި ދަރީނުން އެކަލާނގެކަލޭމެންނަށް މަދަދުކޮށް ދެއްވައެވެ. އެބަހީ ކަލޭމެންނަށް މުދަލާއި ދަރިން ދެއްވަނީވެސް ހަމައެކެލާނގެއެވެ. އަދި ބަގީތަކާއި މީރުފެނުގެކޯރުތައްވެސްކަލޭމެނަށް ލައްވައި ދެއްވީ ހަމައެކަލާނގެއެވެ. މިހުރިހައި نِعْمَةُ ގެ މުޤާބިލުގައި ކަލޭމެން އެކަލާނގެއަށް އީމާންވެ ޝުކުރުއަދާކުރާށެވެ. ޝުކުރު އަދާކުރުމަކީ އެކަލާނގެއަށް އީމާންވެ އެކަލާނގެއަށް އަޅުކަންކުރުމެވެ. އެކައްޗަކާވެސް އެކަލާނގެއާއި ޝަރީކު ނުކުރުމެވެ.

Verse 13

مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا

Transliteration mā lakum lā tarjūna lillahi waqāran

Dhivehi (نوح عليه السّلام) އެކަލޭގެފާނުގެ ޤައުމާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ.) ކަލޭމެން الله އަށް މާތްކޮށް ހިތައި އެކަލާނގެ މާތް ވަންތަ ކަމާއި عظمة ގެ ބޮޑުކަމަށް ކަލޭމެން ބިރުވެތި ނުވާންވީ ކޮން ކަމަކާ ހެދި ހެއްޔެވެ. ކަލޭމެން ނަށް އޮތީ ކޮން ޢުޛުރެއް ހެއްޔެވެ.

Verse 14

وَقَدْ خَلَقَكُمْ أَطْوَارًا

Transliteration waqad khalaqakum aṭwāran

Dhivehi ހަމަކަށަވަރުން އެކަލާނގެ ކަލޭމެން ހެއްދެވީ އެތައް ޙާލު ތަކެއްގެ ތެރޭގައެވެ. އެތަކެއް ދައުރުގެ ތެރޭގައެވެ. (މަނި ފޮދުވަރަކުން - ލޭކޮޅަކުން - މަސްކޮޅަކުން - ކަށިކޮޅަކުން މިހެންގޮސް ކަލޭމެންގެ ހެއްދެވުން ފުރިހަމަވަންދެން އެކަލާނގެ ހެއްދެވިއެވެ. މިފަދަ ފުރިހަމަކޮށް އަޖާބުވާފަދަ ރީތި ގޮތަކަށް މިހާ ކުޅަދާނަކޮށް މި އިންސާނާ ހެއްދެވި ފަރާތަށްފަހެ ބިރުވެތިވެ ޢިޙްތިރާމު ކޮށް މާތްކޮށް ހިތުން ޙައްޤު ނުވޭބާވައެވެ؟)

Verse 15

أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَـٰوَٰتٍ طِبَاقًا

Transliteration alam taraw kayfa khalaqa l-lahu sabʿa samāwātin ṭibāqan

Dhivehi އަޅެ ފަހެ الله تعالى ހަތް އުޑު އެކަތި އަނެކެތި މައްޗަށް ވާ ގޮތަށް ހައްދަވާފައި ވަނީ ކޮންފަދައަކުންކަން (ކޮންފަދަ ބަދަހި ފުރިހަމަ ނިޟާމެއްގެ މަތީގައިކަން) ކަލޭމެން ނުދެކެނީހެއްޔެވެ؟ އެކަންކަމަށް ބަލައި އެކަންކަމުން އެކަލާނގެ ޤުދުރަތްތެރިވަންތަކަމުގެ ދަލީލު ނުލިބެނީހެއްޔެވެ؟

Verse 16

وَجَعَلَ ٱلْقَمَرَ فِيهِنَّ نُورًا وَجَعَلَ ٱلشَّمْسَ سِرَاجًا

Transliteration wajaʿala l-qamara fīhinna nūran wajaʿala l-shamsa sirājan

Dhivehi އަދި އެ އުޑުތަކުގައި އަލިކުރާނެ ނޫރެއްކަމުގައި ހަނދު ލައްވައި އިރު ބައްތިއެއްކަމުގައި އެކަލާނގެ ލެއެވިއެވެ.

Verse 17

وَٱللَّهُ أَنۢبَتَكُم مِّنَ ٱلْأَرْضِ نَبَاتًا

Transliteration wal-lahu anbatakum mina l-arḍi nabātan

Dhivehi އަދި ތިޔަބައިމީހުން ބިމުން އުފައްދަވައި އެތަނުން ނެރުއްވީ ހަމަ الله އެވެ. (އެބަހީ ތިޔަބައިމީހުން އަސްލުކަމުގައިވާ އާދަމްގެފާނު الله ހެއްދެވީ ވެލިންނެވެ.)

Verse 18

ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا

Transliteration thumma yuʿīdukum fīhā wayukh'rijukum ikh'rājan

Dhivehi ދެން އެކަލާނގެ ތިޔަބައިމީހުން މަރުވުމަށްފަހު އެ ބިމަށް ރުޖޫޢަ ކުރައްވާނެއެވެ. އަދި ޤިޔާމަތް ދުވަހުން އަލުން އަނެއްކާވެސް ކަނޑައެޅިގެން އެކަލާނގެ ތިޔަބައިމީހުން އެބިމުން ނެރުއްވާނެއެވެ.

Verse 19

وَٱللَّهُ جَعَلَ لَكُمُ ٱلْأَرْضَ بِسَاطًا

Transliteration wal-lahu jaʿala lakumu l-arḍa bisāṭan

Dhivehi އަދި الله تعالى ތިޔަބައި މީހުންނަށްޓަކައި އިށީނދެ އޮށޭވެ އަދި ހިނގާބިނގާވެ އުޅުމަށްޓަކައި ދޫލައެއްކަމުގައި ތަންމަށްޗެއްކަމުގައި ބިންގަނޑު ލެއްވިއެވެ.

Verse 20

لِّتَسْلُكُوا۟ مِنْهَا سُبُلًا فِجَاجًا

Transliteration litaslukū min'hā subulan fijājan

Dhivehi އެއީ ތިޔަބައިމީހުން އެތަނުން ބޮޑެތި އަދި ތަނަވަސް މަގުތައް އިޚްތިޔާރުކޮށް ހެދުމަށްޓަކައެވެ.

Verse 21

قَالَ نُوحٌ رَّبِّ إِنَّهُمْ عَصَوْنِى وَٱتَّبَعُوا۟ مَن لَّمْ يَزِدْهُ مَالُهُۥ وَوَلَدُهُۥٓ إِلَّا خَسَارًا

Transliteration qāla nūḥun rabbi innahum ʿaṣawnī wa-ittabaʿū man lam yazid'hu māluhu wawaladuhu illā khasāran

Dhivehi نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ހަމަކަށަވަރުން އެމީހުން މިއަޅާއަށް އުރެދިއްޖެއެވެ. އެމީހުން އެ އުރެދުންމަތީ ދެމިތިބިއްޖެއެވެ. އަދި އެމީހުން تبع ވީ އެމީހުންގެ މުދަލާއި ދަރީންނުން ގެއްލުމާއި ހަލާކު މެނުވީ އިތުރު ނުކޮށްދޭބަޔަކާއެވެ. (އެބަހީ އެމީހުންގެ ދެރަވަރު މީހުން ތަބާވީ އެމީހުންގެތެރޭގައިތިބި ބޮޑެތި އަދި ކަމުވޮށިވެގެންވާމީހުންނާއި މުއްސަދިންނާއެވެ.)

Verse 22

وَمَكَرُوا۟ مَكْرًا كُبَّارًا

Transliteration wamakarū makran kubbāran

Dhivehi އަދި އެމީހުން ވަރަށް ބޮޑުވެގެންވާ މަކަރުހަދައިފިއެވެ. (އެމީހުން ހެދިމަކަރަކީ ރަށުގައިތިބި މޮޔަޖާހިލުން نوح عليه السّلام ގެމައްޗަށް ފާކުރެއްވުމެވެ. އެމީހުން އެކަލޭގެފާނަށް ފާޑުފާޑުގެ ދިމާކުންތައް ދިމާކުރުންވެއެވެ. އަދި މުދާވެރި މަތީމީހުން ފަޤީރުންނަށް އޮޅުވާ ހެއްލުންތެރި ކުރުންވެއެވެ. އަދިވެސް އެތައްކަމެކެވެ.

Verse 23

وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا

Transliteration waqālū lā tadharunna ālihatakum walā tadharunna waddan walā suwāʿan walā yaghūtha wayaʿūqa wanasran

Dhivehi އަދި އެމީހުންގެ ބޮޑެތިމީހުން ބުނެއެވެ. ކަލޭމެން ކަލޭމެން އަޅުކަންކުރާބުދުތައް ދޫނުކުރާށެވެ. وَدُّ އާއި سُوَاعُ އާއި يَغُوْثُ އާއި يَعُوْقُ އާއި އަދި نَسْرُ އާއި މިބުދުތައް ދޫނުކުރާށެވެ. މިތަކެއްޗަށް އަޅުކަންކުރާށެވެ.\n(މިނަންތަކަކީ އޭރު އެޤައުމުގައި އަޅުކަންވެވެމުންއައި ބޮޑެތި ބުދުތަކުގެނަންތަކެވެ. އަސްލުގައި އެއީ ފަސްމީހުންގެ ފަސްނަމެވެ. އެނަންތައް ބުދުގެނަންނަމަށް ބަދަލުވީގޮތް حَدِيْث ފޮތްފޮތުން ފެންނަން އެބަހުއްޓެވެ. އެއީދިގުބަޔާނަކަށްވާތީ އެވާހަކަ އެހެންފުރުސަތެއްގަ ދެންނެވުމަށްބާއްވަމެވެ.) (އެވާހަކަ އަހުރެންލިއުނު تَوْحِيْيد ފޮތް "دُرُوْس مِنَ التَّوْحِيْد" ގައިބަޔާންކޮށްފައި ވާނެއެވެ.)

Verse 24

وَقَدْ أَضَلُّوا۟ كَثِيرًا ۖ وَلَا تَزِدِ ٱلظَّـٰلِمِينَ إِلَّا ضَلَـٰلًا

Transliteration waqad aḍallū kathīran walā tazidi l-ẓālimīna illā ḍalālan

Dhivehi އަދިހަމަކަށަވަރުން އެޤައުމުގެ ބޮޑެތިކާފަރުން މަގުފުރެދިގެން ތިބެމެ ވަރަށްގިނަ އާދައިގެމީހުން މަގުފުރެއްދިއެވެ. އަދި އެއަނިޔާވެރި މުޝްރިކުންނަށް މަގުފުރެދުންނޫނީ އިތުރުނުވިއެވެ.

Verse 25

مِّمَّا خَطِيٓـَٔـٰتِهِمْ أُغْرِقُوا۟ فَأُدْخِلُوا۟ نَارًا فَلَمْ يَجِدُوا۟ لَهُم مِّن دُونِ ٱللَّهِ أَنصَارًا

Transliteration mimmā khaṭīātihim ugh'riqū fa-ud'khilū nāran falam yajidū lahum min dūni l-lahi anṣāran

Dhivehi އެމީހުންގެ ކުށްފާފަތަކުގެސަބަބުން طُوْفَانُ ގައި އެމީހުން މަރުވެގެން ދިޔައީއެވެ. ދެން އޭގެފަހުގައި އެމީހުން އަލިފާނަށް ވެއްދޭނެއެވެ. (ބުނެވެނީ އެއީ بَرْزَخ ގެ عَالَم ގައި قِيَامَة ވުމުގެ ކުރީން އެމީހުން ވެއްދެވޭ އަލިފާނެއްކަމުގައެވެ. އަދި قِيَامَة ދުވަހުން ގަދައަލިފާނަށް އެމީހުން ވެއްދެވޭނެއެވެ. މިގޮތުގެ މައްޗަށް ދަލީލުކުރާއާޔަތްތައް އެބަހުއްޓެވެ. وَالله أَعْلَم...) އަދި الله ފިޔަވައި އެހެން އެއްވެސް نَصْرُ ވެރިޔަކު، އަދި މަދަދުގާރަކު އެމީހުނަކަށް ނުފެނުނެވެ.

Verse 26

وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى ٱلْأَرْضِ مِنَ ٱلْكَـٰفِرِينَ دَيَّارًا

Transliteration waqāla nūḥun rabbi lā tadhar ʿalā l-arḍi mina l-kāfirīna dayyāran

Dhivehi އަދި نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ކާފަރުންގެ ތެރެއިން ގެއަކު ދިރި އުޅޭނެ އެކަކުވެސް ބިންމަތީގައި ނުބަހައްޓަވާންދޭވެ! އެބަހީ އެންމެހާ ކާފަރުން ހަލާކު ކުރައްވާ މަރުއްވާނދޭވެ!

Verse 27

إِنَّكَ إِن تَذَرْهُمْ يُضِلُّوا۟ عِبَادَكَ وَلَا يَلِدُوٓا۟ إِلَّا فَاجِرًا كَفَّارًا

Transliteration innaka in tadharhum yuḍillū ʿibādaka walā yalidū illā fājiran kaffāran

Dhivehi (نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ!) އިބަރަސްކަލާނގެ އެކާފަރުންގެ މީހުން ބިންމަތީގައި އުޅުމަށް ދޫކުރައްވައިފިނަމަ އިބަރަސްކަލާނގެ މުއުމިނު އަޅުތަކުންގެ ވަރަށް ގިނަ ބަޔަކު އެމީހުން މަގުފުރައްދާ ޙައްޤު މަގުން ދުރުކުރާނެއެވެ. އަދި އެމީހުންގެ ތެރެއަށް ނުބައިނުލަފާ އަދި ކާފަރުކަން ގަދަ ކާފަރުން ނޫނީ ނުއުފެދޭނެއެވެ.

Verse 28

رَّبِّ ٱغْفِرْ لِى وَلِوَٰلِدَىَّ وَلِمَن دَخَلَ بَيْتِىَ مُؤْمِنًا وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ وَلَا تَزِدِ ٱلظَّـٰلِمِينَ إِلَّا تَبَارًۢا

Transliteration rabbi igh'fir lī waliwālidayya waliman dakhala baytiya mu'minan walil'mu'minīna wal-mu'mināti walā tazidi l-ẓālimīna illā tabāran

Dhivehi އޭ އަޅުގެ رب އެވެ!މިއަލާއަށާއި މިއަޅާގެ މައިންބަފައިންނަށާއި އަދި މިއަޅާގެ ގެއަށް - ނުވަތަ މިއަޅާގެ މިސްކިތަށް - އީމާން ވެގެންވާ ޙާލު ވަތް ކޮންމެ މުއުމިނަކަށާއި އަދި އެންމެހާ މުއުމިނު ފިރިހެނުންނަށާއި އަދި އެންމެހާ މުއުމިނު އަންހެނުންނަށް ވެސް ފާފަ ފުއްސަވާނދޭއެވެ! އަދި އަނިޔާވެރިންނަށް / مُشْرِكُ ންނަށް ގެއްލުމާއި ހަލާކުމެނުވީ އިތުރު ނުކުރައްވާދޭވެ.

Read Surah Nuh in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.