MyDugsiStart learning

Surah Fatir in Dhivehi: translation and audio

Surah 35 · فاطر · Originator · 45 verses

Surah Fatir verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Fatir word by word in English.

Verse 1

ٱلْحَمْدُ لِلَّهِ فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ جَاعِلِ ٱلْمَلَـٰٓئِكَةِ رُسُلًا أُو۟لِىٓ أَجْنِحَةٍ مَّثْنَىٰ وَثُلَـٰثَ وَرُبَـٰعَ ۚ يَزِيدُ فِى ٱلْخَلْقِ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration al-ḥamdu lillahi fāṭiri l-samāwāti wal-arḍi jāʿili l-malāikati rusulan ulī ajniḥatin mathnā wathulātha warubāʿa yazīdu fī l-khalqi mā yashāu inna l-laha ʿalā kulli shayin qadīrun

Dhivehi އެންމެހާ حَمْد އާއި تَعْرِيف އާއި ޘަނާއެއްހުރީ، އިސްވެދިޔަ އެއްވެސް މިސާލަކާ ނުލައި އުޑުތަކާއި ބިން ހެއްދެވި ﷲ އަށެވެ. އެކަލާނގެއީމަލާއިކަތްބޭކަލުން ރަސޫލުން ކަމުގައި ލެއްވި ކަލާނގެއެވެ. (މި އާޔަތު ގައި މަލާއިކަތްބޭކަލުންނެވެ. އޮތްބަސްފުޅުގައި ގިނަ ތަފްސީރު ޢިލްމުވެރިން މުރާދުކުރައްވަނީ جِبْرِيل، مِيْكَائِيل، إِسْرَافِيْل އަދި أزرائِيل އެވެ.) އެބޭބޭކަލުން ލައްވާފައިވަނީ ދެފިޔަފުޅުން ދެފިޔަފުޅުންނާއި ތިންފިޔަފުޅުން ތިންފިޔަފުޅުންނާއި އަދި ހަތަރުފިޔަފުޅުން ހަތަރުފިޔަފުޅުންވާ ބޭކަލުންކަމުގައެވެ. އަދި އެކަލާނގެ އެބޭކަލުން ހެއްދެވުމުގައި އެކަލާނގެ އެދިވޮޑިގެންފިއްޔާ އެޔައްވުރެ ފިޔަފުޅު އިތުރުވެސް ކުރައްވައެވެ. (ދަންނައެވެ. صَحَّ حَدِيث ގައި ވާރިދު ވެގެންވާ ގޮތުން جِبْرِيل عَلَيهِ السَّلام ގެ ހަސަތޭކަ ފިޔަފުޅުވެއެވެ. وَالله أَعْلَم........) ހަމަކަށަވަރުން ﷲ ތަޢާލާ ކޮންމެކަމެއްގެ މައްޗަށްވެސް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.

Verse 2

مَّا يَفْتَحِ ٱللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُۥ مِنۢ بَعْدِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

Transliteration mā yaftaḥi l-lahu lilnnāsi min raḥmatin falā mum'sika lahā wamā yum'sik falā mur'sila lahu min baʿdihi wahuwa l-ʿazīzu l-ḥakīmu

Dhivehi ﷲ މީސްތަކުންނަށް ދެއްވާ ރަޙުމަތެއްއެއީ ވާރޭ ފެނުގެ ރަޙުމަތެއްނަމަވެސް އަދި އެހެންގޮތަކުން އަންނަ ރިޒުޤެއްގެ ރަޙްމަތެއް ނަމަވެސް އަޔަނުދީ ހިފަހައްޓާ މަނާކުރެވޭނެ މީހަކު ނުވެއެވެ. އަދި އެކަލާނގެ ހިފަހައްޓަވައިފި رحمة އެއް އެކަލާނގެ މެނުވީ އެ رحمة އެއް މީސްތަކުންނާ ހަމައަށް ފޯރުކޮށްދެވޭނެ އެކަކުވެސް ނުވެއެވެ. އަދި އެކަލާނެގެއީ عزة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

Verse 3

يَـٰٓأَيُّهَا ٱلنَّاسُ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ ۚ هَلْ مِنْ خَـٰلِقٍ غَيْرُ ٱللَّهِ يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ لَآ إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ

Transliteration yāayyuhā l-nāsu udh'kurū niʿ'mata l-lahi ʿalaykum hal min khāliqin ghayru l-lahi yarzuqukum mina l-samāi wal-arḍi lā ilāha illā huwa fa-annā tu'fakūna

Dhivehi އޭ މީސްތަކުންނޭވެ! ކަލޭމެންގެ މައްޗަށްވާ ﷲ ގެ نعمة ތައް ކަލޭމެން ހަދާންކުރާށެވެ. އުޑުން ވާރޭ ފެން ފޮދެއްގެ نعمة އެއްވިޔަސް އަދި ބިމުން ފަތްޕިލާވެލީގެ نعمة އެއްވިޔަސް ދެއްވާނޭ އެހެން އެއްވެސް خالق އަކު ﷲ ފިޔަވައި ކަލޭމެނަށް ވޭހެއްޔެވެ؟ (އެބަހީ، އެފަދަ ކަމެއް ކޮށްދޭނޭ އެހެން އެއްވެސް ކަލަކު ﷲ މެނުވީ ނުވެއެވެ.) އެކަލާނގެ ފިޔަވައި އަޅުކަން ވެވުން حق އެހެން އިލާހަކުނުވެއެވެ. ފަހެ، حق ފިޔަވައި ކަލޭމެން އެބުރިގެންދާނީ ކޮންފަދައަކުން ހެއްޔެވެ؟

Verse 4

وَإِن يُكَذِّبُوكَ فَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ

Transliteration wa-in yukadhibūka faqad kudhibat rusulun min qablika wa-ilā l-lahi tur'jaʿu l-umūru

Dhivehi (އޭ رسول الله އެވެ!) އެމީހުން އެބަހީ، مكة ގެ أهل ވެރިން ކަލޭގެފާނު ދޮގުކުރިނަމަވެސް އެއަކީ އައުކަމެއްނޫނެވެ. އަޖާބު ވާންވީކަމެއްނޫނެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ކުރީގައި ފޮނުއްވުނު رسول ބޭކަލުންވެސް ދޮގުކުރެވުނެވެ. އެބަހީ، އިސްވެދިޔަ أمّة ތަކުގައިތިބި ކާފަރުންގެ މީހުންވެސް އެމީހުން ގާތަށް ފޮނުއްވުނު رسول ބޭކަލުން ދޮގުކުރިއެވެ. އަދި ހުރިހާ ކަމެއް އެނބުރި رجوع ވުންވަނީ ﷲ ގެ حضرة އަށެވެ. (އަޅުތަކުންގެ عمل ތަކަށް އެކަލާނގެ ފުރިހަމަ جزاء ދެއްވާހުއްޓެވެ.)

Verse 5

يَـٰٓأَيُّهَا ٱلنَّاسُ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۖ وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ

Transliteration yāayyuhā l-nāsu inna waʿda l-lahi ḥaqqun falā taghurrannakumu l-ḥayatu l-dun'yā walā yaghurrannakum bil-lahi l-gharūru

Dhivehi އޭ އެންމެހައި މީސްތަކުންނޭވެ. ހަމަކަށަވަރުން ﷲ ގެ ވަޢުދުފުޅު އެއީ ޙައްޤު ތެދުއެއްޗެކެވެ. (އެބަހީ މަރުވުމަށްފަހު محشر އަށް ފޮނުވުމާއި عمل ތަކަށް ހިސާބުބަށްލަވައި جزاء ދެއްވުމާއި ނަރަކައާއި ސުވަރުގެއާއި މިހުރީހަމަحقއެވެ.) حياة ގެ ދަޅަތަކާއި ޒީނަތްތެރިކަމުން ކަލޭމެން ހެއްލުން ތެރިވިޔަނުދޭށެވެ. އަދި ﷲއާއިމެދު شَيْطان އާ ކަލޭމެން ހެއްލުންތެރި ކުރުވިޔަ ނުދޭށެވެ. (އެބަހީ ﷲއީ ފާފަފުއްސަވާ އަދި عَفوء ކުރައްވާ ކަލެކޭ ކަލޭމެން ކުރާ ފާފަތައް އެކަލާނގެ އޯގާވަންތަކަމުން ފުއްސަވާނޭ- މިފަދަ ވަސްވާސްދީ ގިނަ ފާފަ ކަލޭމެން ލައްވައި އެސޮރު ކުރުވިޔަނުދޭށެވެ.)

Verse 6

إِنَّ ٱلشَّيْطَـٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَـٰبِ ٱلسَّعِيرِ

Transliteration inna l-shayṭāna lakum ʿaduwwun fa-ittakhidhūhu ʿaduwwan innamā yadʿū ḥiz'bahu liyakūnū min aṣḥābi l-saʿīri

Dhivehi ހަމަކަށަވަރުން شيطان އާއީ ކަލޭމެންނަށް ބަޔާންވެގެންވާ عدو އެކެވެ. ކަލޭމެންވެސް އެސޮރަކީ عدو އެއްކަމުގައި ދެކޭށެވެ. އެސޮރު އެސޮރުގެ جماعة އަށް ފާފަކުރުމަށް- އަދި އުރެދުމަށް ގޮވާހަދަނީ އެމީހުންނަކީ ނަރަކައިގެ އަހުލުވެރިންކަމުގައި ލުމަށްޓަކައެވެ.

Verse 7

ٱلَّذِينَ كَفَرُوا۟ لَهُمْ عَذَابٌ شَدِيدٌ ۖ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ

Transliteration alladhīna kafarū lahum ʿadhābun shadīdun wa-alladhīna āmanū waʿamilū l-ṣāliḥāti lahum maghfiratun wa-ajrun kabīrun

Dhivehi (ﷲ އާއި رسول އާއަށް) ކާފަރުވީމީހުން ދަންނައެވެ. ހަމަކަށަވަރުން އެމީހުންނަށް ހުރީ ގަދަވެގެންވާ عذاب އެވެ. އަދި إيمان ވެގެން صالح عمل ތައް ކުރި މީހުން ދަންނައެވެ. އެމީހުންނަށް ހުރީ ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމައެވެ.

Verse 8

أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنًا ۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَٰتٍ ۚ إِنَّ ٱللَّهَ عَلِيمٌۢ بِمَا يَصْنَعُونَ

Transliteration afaman zuyyina lahu sūu ʿamalihi faraāhu ḥasanan fa-inna l-laha yuḍillu man yashāu wayahdī man yashāu falā tadhhab nafsuka ʿalayhim ḥasarātin inna l-laha ʿalīmun bimā yaṣnaʿūna

Dhivehi އަޅެފަހެ އެމީހެއްގެ ނުބައި عمل ތައް އެއީ ރަނގަޅު عمل ތަކެއްކަމުގައި އެމީހަކުދެކެ އެކަން އޭނާއަށް ޒީނަތްތެރިވެއްޖެ މީހާއާއި (ތެދުމަގުގައިވާ ރަނގަޅު މީހާއާއި ދެމީހުން ހަމަހަމަވާނެ ހެއްޔެވެ؟) ނުވާނެކަންކަށަވަރެވެ. ފަހެ ހަމަކަށަވަރުން ﷲ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު މަގުފުރައްދަވައެވެ. (އެއީ އޭނާގެ މަގުފުރެދުން ﷲގެ أزلى ދެނެވޮޑިގަތުމުގައި އިސްވެގޮސްފައިވާތީއެވެ.) އެއީ އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގުދައްކަވައެވެ. (އެއީ އޭނާގެ ތެދުމަގު ﷲގެ أزلى ދެނެވޮޑިގަތުމުގައި އިސްވެގޮސްފައިވާތީއެވެ.) އަދި އޭ رسول އާއެވެ. އެމީހުންގެ އެބަހީ ކާފަރުންގެ عمل ތަކާއިމެދު ހިތާމަކުރެއްވުމުގައި ކަލޭގެފާނުންގެ نفس ފުޅު ހަލާކުވިޔަނުދެއްވާށެވެ. ހަމަކަށަވަރުން އެމީހުން ކުރަމުންދާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.

Verse 9

وَٱللَّهُ ٱلَّذِىٓ أَرْسَلَ ٱلرِّيَـٰحَ فَتُثِيرُ سَحَابًا فَسُقْنَـٰهُ إِلَىٰ بَلَدٍ مَّيِّتٍ فَأَحْيَيْنَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ كَذَٰلِكَ ٱلنُّشُورُ

Transliteration wal-lahu alladhī arsala l-riyāḥa fatuthīru saḥāban fasuq'nāhu ilā baladin mayyitin fa-aḥyaynā bihi l-arḍa baʿda mawtihā kadhālika l-nushūru

Dhivehi އަދި ﷲ އީ އެކިގޮތްގޮތަށް ވައިޖައްސަވާ ބަދަލުކުރައްވާ ކަލާނގެއެވެ. ދެންފަހެ އެކަލާނގެ ވިލާތައް އެގޮތްމިގޮތަށް ތަންތަނަށް ގެންދަވައި ބަދަލުކުރައްވައެވެ. ދެންފަހެ ވާރޭނުވެހުމުގެ ސަބަބުން ބިންގަނޑު ހަނަފަސްވެ ގަސްނުފަޅާ އޮތް ރަށަކަށް ތިމަންރަސްކަލާނގެ އެފެނުން ވެއްސަވައިފިއްޔާ ދެން އެފެނުގެ ސަބަބުން އެރަށް މަރުވެއޮތުމަށްފަހު ދިރުއްވަމެވެ. ގަސްތައް ފަޅައިގެން ހެދިގަނެއެވެ. މީސްތަކުން މަރުވުމަށްފަހު مَحشر ކުރެއްވުމަށް ތިމަންރަސްކަލާނގެ ދިރުއްވަނީ އެފަދައިންނެވެ.

Verse 10

مَن كَانَ يُرِيدُ ٱلْعِزَّةَ فَلِلَّهِ ٱلْعِزَّةُ جَمِيعًا ۚ إِلَيْهِ يَصْعَدُ ٱلْكَلِمُ ٱلطَّيِّبُ وَٱلْعَمَلُ ٱلصَّـٰلِحُ يَرْفَعُهُۥ ۚ وَٱلَّذِينَ يَمْكُرُونَ ٱلسَّيِّـَٔاتِ لَهُمْ عَذَابٌ شَدِيدٌ ۖ وَمَكْرُ أُو۟لَـٰٓئِكَ هُوَ يَبُورُ

Transliteration man kāna yurīdu l-ʿizata falillahi l-ʿizatu jamīʿan ilayhi yaṣʿadu l-kalimu l-ṭayibu wal-ʿamalu l-ṣāliḥu yarfaʿuhu wa-alladhīna yamkurūna l-sayiāti lahum ʿadhābun shadīdun wamakru ulāika huwa yabūru

Dhivehi ފަހެ عِزَّة އާއި މަތިވެރިކަން އެދޭ މީހަކުނަމަ ﷲ އަށް ކިޔަމަންތެރިވެގެން عِزَّة ތެރިކަން ހޯދާށެވެ. އެހެނީ އެންމެހައި عِزَّة އެއް خَاصَّ ވެގެންވަނީ ﷲ އަށެވެ. މާތްވެގެންވާ ބަސްތައް އަރައިގެންދަނީ އެކަލާނގެ حَضْرة އަށެވެ. (ﷲއަށް ކުރެވޭ އެންމެހައި ذِكر އަކާއި ހެޔޮ ޢަމަލްތަކާއި ކިޔެވުމާއި ހެޔޮކަންތަކަށް أمر ކުރުމާއި ނުބައިކަންތައް نَهِي ކުރެއްވުމާއި މިބާވަތުގެ އެންމެހައި ކަމެއް އަރައިގެންދާނީ ﷲގެ حَضْرة އަށެވެ. އަދި صالح عَمَل ތައް އެ މާތްވެގެންވާ ބަސްތައް މައްޗަށް އުފުލައެވެ. އެހެނީ صالح عمل އާ ނުލައި ހެޔޮ كلمة ތައް މައްޗަށް ނުއުފުލޭނެއެވެ. - އަދި ނުބައިކަންތައްތައް ކުރަމުން އަދި އެފަދަ ކަންތައްތައް ރާވަމުންދާ މީހުން ދަންނައެވެ. އެމީހުންނަށް ހުންނަހުށީ ގަދަ عذاب އެވެ. އަދި އެމީހުންގެ އެރޭވުންތަކާއި مكر ތަކަކީ ހަމަ باطلވެ ނެތިދާ އެއްޗެކެވެ.

Verse 11

وَٱللَّهُ خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ جَعَلَكُمْ أَزْوَٰجًا ۚ وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَمَا يُعَمَّرُ مِن مُّعَمَّرٍ وَلَا يُنقَصُ مِنْ عُمُرِهِۦٓ إِلَّا فِى كِتَـٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ

Transliteration wal-lahu khalaqakum min turābin thumma min nuṭ'fatin thumma jaʿalakum azwājan wamā taḥmilu min unthā walā taḍaʿu illā biʿil'mihi wamā yuʿammaru min muʿammarin walā yunqaṣu min ʿumurihi illā fī kitābin inna dhālika ʿalā l-lahi yasīrun

Dhivehi އަދި ﷲ ތަޢާލާ ވެލީން ކަލޭމެންގެ ބައްޕަކަމުގައިވާ آدَم عَلَيْهِ السَّلام ހެއްދެވިއެވެ. އަދި އޭގެ ފަހުގައި މަނިފޮދުވަރަކުން އެކަލާނގެ ކަލޭމެން ހެއްދެވިއެވެ. އަދި އެކަލާނގެ ކަލޭމެން ޖޯޑުޖޯޑަށް ލެއްވިއެވެ. (އެބަހީ ކަލޭމެންގެ ތެރެއިން އަންހެނުންނާއި ފިރިހެނުން ލައްވައި ދަރިފަސްކޮޅު އުފެދުމުގެ އިންތިޒާމްވެސް ލެއްވެވިއެވެ.) އަދި އަންހެން ޖިންސު މާބަނޑުގައި އުފުލާ ދަރިއެއްވިޔަސް އަދި ވިހާކުއްޖަކުވިޔަސް އެކުއްޖެއްގެ ފުރިހަމަ މަޢުލޫމާތު އެކަލާނގެ ދެނެވޮޑިގަތުމުގެ ދަށުންނާއި އެކަލާނގެ ތަދުބީރުކުރެއްވުމުގެދަށުން މެނުވީ ނުވެއެވެ. އަދި މީހަކު ޢުމުރު ދިގުވާ ދިގުވުންވެސް އަދި އަނެއްމީހާގެ ޢުމުރުން މަދުވެގެންދާ މިންވަރުވެސް ފޮތެއްގައި ލިޔެވި ނޯޓްކުރެވިގެންވާ މެނުވީ އެބަހީ لَوْحُ الْمَحْفُوْظ ގައި ލިޔެވިގެންވާ ކަމުގައި މެނުވީ ނުވެއެވެ. އަދި އެކަންތައްތައް އެގޮތަށް ހިންގެވުމަކީ ﷲ އަށް ދާދި ފަސޭހަކަމެކެވެ.

Verse 12

وَمَا يَسْتَوِى ٱلْبَحْرَانِ هَـٰذَا عَذْبٌ فُرَاتٌ سَآئِغٌ شَرَابُهُۥ وَهَـٰذَا مِلْحٌ أُجَاجٌ ۖ وَمِن كُلٍّ تَأْكُلُونَ لَحْمًا طَرِيًّا وَتَسْتَخْرِجُونَ حِلْيَةً تَلْبَسُونَهَا ۖ وَتَرَى ٱلْفُلْكَ فِيهِ مَوَاخِرَ لِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ

Transliteration wamā yastawī l-baḥrāni hādhā ʿadhbun furātun sāighun sharābuhu wahādhā mil'ḥun ujājun wamin kullin takulūna laḥman ṭariyyan watastakhrijūna ḥil'yatan talbasūnahā watarā l-ful'ka fīhi mawākhira litabtaghū min faḍlihi walaʿallakum tashkurūna

Dhivehi އަދި ދެކަނޑު ހަމަހަމަވެގެން ނުވެއެވެ. އެއްކަނޑުމިއީ ފެން މީރުވެގެންވާ އަދި އެފެން ބޮއިލާ މީހާ މީރުކަމުން އެފެންފޮދު ދިރުވައިލަން ފަސޭހަ ފެނެކެވެ. އަނެއްކަނޑަކީ މިއީ ފެނުގެ ލޮނުރަހަ ގަދަވެގެންވާ ކަނޑެކެވެ. މި ދެކަނޑުން ކުރެ ކޮންމެ ކަނޑަކުންވެސް ތާޒާ މަސް ކަލޭމެން ކަމުއެވެ. އަދި ކަލޭމެން އަޅައިއުޅޭ ގަހަނާގެބާވަތްތައްވެސް (ރަން މުތާއި ޖަވާހިރާއި މިބާވަތުގެ އެންމެހައި ތަކެތިވެސް) އެކަނޑުން ކަލޭމެން ނެރެމުއެވެ. އަދި ދުވެފައިދާ ނައުދޯގުފަހަރު (އުޅަދުފަހަރު) މޮއިކަފައިލާފައި ދާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެނައުފަހަރު / ބޯޓުފަހަރު ވިޔަފާރިކަމުގައްޔާއި ދެންވެސް ދިރިއުޅުމުގެ އެކިއެކި ބޭނުންތަކުގައި ﷲ ގެ فضل ވަންތަކަން ހޯދުމަށްޓަކައި ދަތުރު ކުރެއެވެ. އެކަންތައްތައް އެހެންލައްވާފައިވަނީ ކަލޭމެން شكر ކުރުމަށްޓަކައެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ މިސާލެކެވެ.

Verse 13

يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۚ وَٱلَّذِينَ تَدْعُونَ مِن دُونِهِۦ مَا يَمْلِكُونَ مِن قِطْمِيرٍ

Transliteration yūliju al-layla fī l-nahāri wayūliju l-nahāra fī al-layli wasakhara l-shamsa wal-qamara kullun yajrī li-ajalin musamman dhālikumu l-lahu rabbukum lahu l-mul'ku wa-alladhīna tadʿūna min dūnihi mā yamlikūna min qiṭ'mīrin

Dhivehi އަދި ދުވާލުގެ ތެރެއަށް އެކަލާނގެ ރޭގަނޑު ވައްދަވައެވެ. އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވައެވެ. އަދި އިރާއި ހަނދުވެސް އެކަލާނގެ ކިޔަމަން ކުރެއްވިއެވެ. އެދެ އެތިންކުރެ ކޮންމެ އެއްޗެއް އެއަށްކަނޑައެޅިގެންވާ فلك ގައި ކަނޑައެޅި عين ންވެގެންވާ މުއްދަތަކަށް ދުވެދުވެ ތިބެއެވެ. މިކަންތައްތައް މިހާފުރިހަމަކޮށް ބަރާބަރުކޮށް ހިމުންކޮށް ހައްދަވައި ހިންގަވަނީ އެއީ ﷲ އެވެ. އެއީ ކަލޭމެންގެ رب އެވެ. އެހެން އެއްވެސް މީހެއްނޫނެވެ. އެންމެހައިކަމެއްގެ މިލްކުވެރިކަން خاص ވެގެންވަނީ ހަމަ އެކަލާނގެ އަށެވެ. އެއެންމެހައި ކަމެއް އެކަލާނގެ އެދިވޮޑިގެންނެވި ފަދައަކުން ހިންގަވަމުން ގެންދަވައެވެ. އަދި އޭ مشرك ންނޭވެ ކަލޭމެން އެކަލާނގެ ފިޔަވައި އެތަކެއްޗަށް ތިޔަގޮވާ دعاء ކޮށްހަދާ ތަކެއްޗަށް އެބަހީ ބުދުތަކަށް قِطْمِيْر އެއްގެ މިންވަރުވެސް ލިބިގެން ނުވެއެވެ. قِطْمِيْر ގެ މާނަ ލިޔެވިގެން އިސްވެ ހިނގައްޖެއެވެ.

Verse 14

إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَـٰمَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ

Transliteration in tadʿūhum lā yasmaʿū duʿāakum walaw samiʿū mā is'tajābū lakum wayawma l-qiyāmati yakfurūna bishir'kikum walā yunabbi-uka mith'lu khabīrin

Dhivehi (އޭ މުޝްރިކުންނޭވެ!) ކަލޭމެން އެތަކެއްޗަށް ގޮވާ دعاء ކުރިޔަސް އެތަކެތި ކަލޭމެންގެ دعاء ގެ އަޑުނާހާނެއެވެ. (އެހެނީ، އެއީ جَماد ތަކެއްޗެވެ. އެއަކަށް فَهَمُ ވުމެއްނުވެއެވެ.) އަދި މިސާލަކަށް އެތަކެތި އެއީ އަޑުއަހާ ތަކެތިކަމުގައި ނިންމިޔަސް ކަލޭމެންގެ دعاء އަކަށް އެތަކެތި ޖަވާބު ނުދޭނެއެވެ. އެއީ އެކަމަށް ނުކުޅެދޭތީއެވެ. އަދި قيامة ދުވަހުން އެތަކެއްޗަށް ކަލޭމެން ކުރި އަޅުކަމާ ދޭތެރޭ އިންކާރު ކުރާނެއެވެ. (އޭ رسول الله އެވެ!) ހުރިހާ ކަންތައްތަކުގެ خبر ދެނެވޮޑިގެންވާ ފަރާތުން ކަލޭގެފާނަށް خبر ދެއްވާގޮތަށް ހަމައެކަކުވެސް خبر ނުދޭނެއެވެ.

Verse 15

۞ يَـٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ ۖ وَٱللَّهُ هُوَ ٱلْغَنِىُّ ٱلْحَمِيدُ

Transliteration yāayyuhā l-nāsu antumu l-fuqarāu ilā l-lahi wal-lahu huwa l-ghaniyu l-ḥamīdu

Dhivehi އޭ މީސްތަކުންނޭވެ! ކަލޭމެންނަކީ ﷲ ގެ حضرة އަށް އެކިކަންކަމަށް ބޭނުންވެގެންވާ މީހުންނެވެ. فقير ންނެވެ. ﷲ އީ އެކަލާނގެ ذات ފުޅައިގެން ފުދިވޮޑިގެންވާ އަދި އެކަލާނގެ إحسان ވަންތަކަމަށް حمد ލިބިވޮޑިގެންވާ ކަލާނގެއެވެ.

Verse 16

إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ

Transliteration in yasha yudh'hib'kum wayati bikhalqin jadīdin

Dhivehi އެކަލާނގެ އެދިވޮޑިގެންފީވިއްޔާ ކަލޭމެން ފަނާކުރައްވާ އެހެން خلق ތަކެއް ގެންނަވާފާނެއެވެ. (އެބަޔަކީ آدم ގެ ދަރީންކަމުގައިވެސް ވެދާނެއެވެ. އަދި އެހެން ޖިންސެއްގެ ބައެއްކަމުގައިވެސް ވެދާނެއެވެ.

Verse 17

وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٍ

Transliteration wamā dhālika ʿalā l-lahi biʿazīzin

Dhivehi އަދި އެކަމަކީ ﷲ ގެ حضرةއަށް އުދަގޫވެބުރަވެގެންވާ ކަމަކަށް ނުވާނެއެވެ.

Verse 18

وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لَا يُحْمَلْ مِنْهُ شَىْءٌ وَلَوْ كَانَ ذَا قُرْبَىٰٓ ۗ إِنَّمَا تُنذِرُ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَأَقَامُوا۟ ٱلصَّلَوٰةَ ۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفْسِهِۦ ۚ وَإِلَى ٱللَّهِ ٱلْمَصِيرُ

Transliteration walā taziru wāziratun wiz'ra ukh'rā wa-in tadʿu muth'qalatun ilā ḥim'lihā lā yuḥ'mal min'hu shayon walaw kāna dhā qur'bā innamā tundhiru alladhīna yakhshawna rabbahum bil-ghaybi wa-aqāmū l-ṣalata waman tazakkā fa-innamā yatazakkā linafsihi wa-ilā l-lahi l-maṣīru

Dhivehi އަދި އެއްވެސް ނަފްސެއް އަނެއްނަފްސެއްގެ ފާފަ ނުއުފުލާނެއެވެ. (އަދި ކިޔެއްހެއްޔެވެ؟ ކޮންމެ ނަފްސެއްވެސް އުފުލާނީ އެނަފްސެއްގެ ފާފައެވެ.) އަދި ފާފައިން ބަރުވެފައިވާ ނަފްސެއްގެ ފާފައިން ބައެއް އުފުލައިދިނުމަށް އެހެން ނަފްސެއްގެ ކިބައިން އެދުނަސް ކިތައްމެ ގާތްމީހަކު ކަމުގައިވިޔަސް އުފުލައި ނުދޭނެއެވެ. ކަލޭގެފާނުން ކުރައްވާ އިންޒާރުން އަދި ދެއްވާ نصيحة ން ފައިދާއެއްކުރާނޭކަން ކަށަވަރީ އެބައިމީހުންގެ ربّ އަށް غيب ގައި (ނުފެނި) ބިރުވެތިވާ މީހުންނެވެ. އަދި އެބައިމީހުންނީ ނަމާދު قائم ކުރާ މީހުންކަމުގައިވާ މީހުންނަށެވެ. އަދި ތިމާގެ ނަފްސު ފާފައިން طاهر ކޮށް صالح عمل ގިނައިން ކޮށްފިމީހާ އެނާ އެ طاهر ކުރީއޭނާގެ އަމިއްލަ ނަފްސެވެ. އޭގެ މަންފާ ހުންނާނީ އޭނާއަށެވެ. އަދި އެންމެހައި ކަމެއް އެބުރިދިޔުންވަނީ ﷲ ގެ حضرة އަށެވެ.

Verse 19

وَمَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ

Transliteration wamā yastawī l-aʿmā wal-baṣīru

Dhivehi ،(20) އަދި ލޯއަދިރި މީހާއާއި ލޮލަށް ފެންނަ މިހާއާއި ހަމަހަމަވެގެންނުވެއެވެ. (އެބަހީ ކާފަރުމީހާއާއި މުއުމިނު މީހާއާއި ހަމަހަމަނުވާނެއެވެ.) އަދި އަދިރިކަމާއި އަލިކަން ހަމަހަމަނުވާނެއެވެ. (އެބަހީ باطل އާއި حق އާއި ހަމަހަމަނުވާނެއެވެ.)

Verse 20

وَلَا ٱلظُّلُمَـٰتُ وَلَا ٱلنُّورُ

Transliteration walā l-ẓulumātu walā l-nūru

Dhivehi ،(20) އަދި ލޯއަދިރި މީހާއާއި ލޮލަށް ފެންނަ މިހާއާއި ހަމަހަމަވެގެންނުވެއެވެ. (އެބަހީ ކާފަރުމީހާއާއި މުއުމިނު މީހާއާއި ހަމަހަމަނުވާނެއެވެ.) އަދި އަދިރިކަމާއި އަލިކަން ހަމަހަމަނުވާނެއެވެ. (އެބަހީ باطل އާއި حق އާއި ހަމަހަމަނުވާނެއެވެ.)

Verse 21

وَلَا ٱلظِّلُّ وَلَا ٱلْحَرُورُ

Transliteration walā l-ẓilu walā l-ḥarūru

Dhivehi ،(22) އަދި ފިނިކަންދޭ ހިޔާގަނޑާއި ހޫނުކަން އެއްވަރުނުވާނެއެވެ. (އެބަހީ ثواب އާއި عقوبة ނުވަތަ ސުވަރުގެއާއި ނަރަކަ ހަމަހަމަނުވާނެއެވެ.) އަދި ދިރިތިބި މީހުންނާއި މަރުވެފައިވާމީހުން އެއްވަރު ނުވާނެއެވެ. (އެބަހީ، ކާފަރުންނާއި މުއުމިނުން ނުވަތަ عالم ންނާއި جَاهل ން އެއްވަރު ނުވާނެއެވެ.) ހަމަކަށަވަރުން ﷲ ތަޢާލާ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އިއްވަވައެވެ. (އަދި ކިޔަމަންތެރި ވުމަށް تَوْفِيْق ދެއްވައެވެ.) އަދި އެކަމަކު قَبْر ތަކުގައިވާ މީސްތަކުންނަށް އިއްވެވޭނޭ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. (ޔަޢުނީ، ހިތްތަށް ކާފަރުކަމުގެ ސަބަބުން މަރުވެފައިވާ މީސްތަކުންނަށް އެއިން ފައިދާކުރާފަދަ އިއްވުމަކުން އިއްވޭނެ ބޭކަލަކުކަމުގައި ކަލޭގެފާނު ނުވެއެވެ.

Verse 22

وَمَا يَسْتَوِى ٱلْأَحْيَآءُ وَلَا ٱلْأَمْوَٰتُ ۚ إِنَّ ٱللَّهَ يُسْمِعُ مَن يَشَآءُ ۖ وَمَآ أَنتَ بِمُسْمِعٍ مَّن فِى ٱلْقُبُورِ

Transliteration wamā yastawī l-aḥyāu walā l-amwātu inna l-laha yus'miʿu man yashāu wamā anta bimus'miʿin man fī l-qubūri

Dhivehi ،(22) އަދި ފިނިކަންދޭ ހިޔާގަނޑާއި ހޫނުކަން އެއްވަރުނުވާނެއެވެ. (އެބަހީ ثواب އާއި عقوبة ނުވަތަ ސުވަރުގެއާއި ނަރަކަ ހަމަހަމަނުވާނެއެވެ.) އަދި ދިރިތިބި މީހުންނާއި މަރުވެފައިވާމީހުން އެއްވަރު ނުވާނެއެވެ. (އެބަހީ، ކާފަރުންނާއި މުއުމިނުން ނުވަތަ عالم ންނާއި جَاهل ން އެއްވަރު ނުވާނެއެވެ.) ހަމަކަށަވަރުން ﷲ ތަޢާލާ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އިއްވަވައެވެ. (އަދި ކިޔަމަންތެރި ވުމަށް تَوْفِيْق ދެއްވައެވެ.) އަދި އެކަމަކު قَبْر ތަކުގައިވާ މީސްތަކުންނަށް އިއްވެވޭނޭ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. (ޔަޢުނީ، ހިތްތަށް ކާފަރުކަމުގެ ސަބަބުން މަރުވެފައިވާ މީސްތަކުންނަށް އެއިން ފައިދާކުރާފަދަ އިއްވުމަކުން އިއްވޭނެ ބޭކަލަކުކަމުގައި ކަލޭގެފާނު ނުވެއެވެ.

Verse 23

إِنْ أَنتَ إِلَّا نَذِيرٌ

Transliteration in anta illā nadhīrun

Dhivehi (އޭ رسول الله އެވެ!) ކަނޑައެޅިގެން رسول ކަން އިއްވަވާ އަދި تَبْلِيْغ ކުރައްވާ ބޭކަލަކު ކަމުގައި މެނުވީކަޅޭގެފާނު ނުވެއެވެ. (هِدَايَة ދެއްކެވުމާއި އަދި މަގު ފުރެއްދުމަކީ ހަމައެކަނި ﷲ އަށް ޚާއްސަވެގެންވާ ކަމެކެވެ.)

Verse 24

إِنَّآ أَرْسَلْنَـٰكَ بِٱلْحَقِّ بَشِيرًا وَنَذِيرًا ۚ وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ

Transliteration innā arsalnāka bil-ḥaqi bashīran wanadhīran wa-in min ummatin illā khalā fīhā nadhīrun

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމާއިގެން ފޮނުއްވީ ޙައްޤު ގޮތުގައެވެ. އެއީ ކިޔަމަންތެރިކަމުގެ أَهْل ވެރިންނަށް އުފާވެރި ކަމުގެ ޚަބަރުދެއްވުމަށާއި އަދި ނުކިޔަމަންތެރި ކަމުގެ أَهْل ވެރިންނަށް އިންޒާރު ކުރެއްވުމަށެވެ. ބިރުވެރިކަމުގެ ޚަބަރު ދެއްވުމަށެވެ. އަދި އެއްވެސް އުންމަތެއް އެ އުންމަތަކަށް نَذِيْر އަކު ނުވާ - އެބަހީ رسول ބޭކަލަކުނުވަތަ نَبِيُّ އަކުނުވާ - އުންމަތެއް ވޭތިވެގެން ގޮސްފައި ނުވާނެއެވެ. އެބަހީ އިސްވެދިޔަ ކޮންމެ އުންމަތަކަށްވެސް نَذِيْر އަކު ފޮނުއްވީމެވެ.

Verse 25

وَإِن يُكَذِّبُوكَ فَقَدْ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ وَبِٱلزُّبُرِ وَبِٱلْكِتَـٰبِ ٱلْمُنِيرِ

Transliteration wa-in yukadhibūka faqad kadhaba alladhīna min qablihim jāathum rusuluhum bil-bayināti wabil-zuburi wabil-kitābi l-munīri

Dhivehi (އޭ رسول الله އެވެ!) މި މައްކާގެ މުޝްރިކުން ކަލޭގެފާނު ދޮގު ކުރިނަމަވެސް އެއަކީ އައުކަމެއްނޫނެވެ. އެމީހުންގެ ކުރީގެ މީހުން (އެބަހީ މައްކާގެ މީހުންގެ ކުރީގެ މީހުންވެސް) އެމީހުންގެ ގާތަށް އެވަޑައިގެންނެވި رَسُوْل ން ދޮގުކުރިއެވެ. އެމީހުންގެ ގާތަށް އެމީހުންގެ رَسُوْل ން ވަޑައިގެންނެވީ ބަޔާންވެގެންވާ ދަލީލުތަކާއިގެންނެވެ. އަދި صحف ތަކާއި ތެދުމަގަށް އަލިކޮށްދޭނޭ ފޮތްތަކާއިގެންނެވެ. (އޭގެތެރޭގައި إبراهيم ގެފާނުންނަށް ބާވައިލެއްވި صحف ތަކާއި موسى ގެފާނަށް ބާވައިލެއްވި توراة އާއި عيسى ގެފާނަށް ބާވައިލެއްވި إنجيل ވެއެވެ.)

Verse 26

ثُمَّ أَخَذْتُ ٱلَّذِينَ كَفَرُوا۟ ۖ فَكَيْفَ كَانَ نَكِيرِ

Transliteration thumma akhadhtu alladhīna kafarū fakayfa kāna nakīri

Dhivehi ދެން އެމީހުން އީމާންނުވިހިނދުން އެكافر ވީމީސްތަކުން ތިމަންރަސްކަލާނގެ ހިތްޕަވައި ހަލާކުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ عقوبة އާއި عذاب އެމީހުންގެ މައްޗަށް އައީ ކޮންފަދައަކުން ހެއްޔެވެ؟ (مكة ގެ أهل ވެރިންވެސް މިއިން عبرة حاصل ކުރުން ހުއްޓެވެ.)

Verse 27

أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦ ثَمَرَٰتٍ مُّخْتَلِفًا أَلْوَٰنُهَا ۚ وَمِنَ ٱلْجِبَالِ جُدَدٌۢ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَٰنُهَا وَغَرَابِيبُ سُودٌ

Transliteration alam tara anna l-laha anzala mina l-samāi māan fa-akhrajnā bihi thamarātin mukh'talifan alwānuhā wamina l-jibāli judadun bīḍun waḥum'run mukh'talifun alwānuhā wagharābību sūdun

Dhivehi އަދި ﷲ تعالى އުޑުން ފެން ބާވައިލައްވާކަން ކަލޭގެފާނު ދެނެވަޑައިގެންނުވޭތޯއެވެ؟ ދެން އެފެނުން ތިމަންރަސްކަލާނގެ (ގަސް ފަޅުއްވައި ގަސްގަހުން) ތަފާތު ކުލަކުލައިގެ މޭވާ ނެރުއްވަމެވެ. އަދި ފަރުބަދަތަކުގެ ހިލައިގެ ތެރޭގައިވެސް (ހަށިގަނޑުގައި ނާރުތައް ދެމިފައިވާގޮތަށް) ހުދުކުލަޔާއި ރަތްކުލައިގެ ރޮނގުތަކާއި މަގުތައްވެއެވެ. އަދި ތަފާތު ކުލަކުލަވެއެވެ. އަދި ސީދާ ކަޅު ދިހުންކުލަ އަރާ ހިލަވެސްވެއެވެ. (މިހުރީ ހައްތަހާވެސް ﷲގެ ކުޅަދުންވަނަތަކަމުގެ ދަލީލެވެ.)

Verse 28

وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلْأَنْعَـٰمِ مُخْتَلِفٌ أَلْوَٰنُهُۥ كَذَٰلِكَ ۗ إِنَّمَا يَخْشَى ٱللَّهَ مِنْ عِبَادِهِ ٱلْعُلَمَـٰٓؤُا۟ ۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ

Transliteration wamina l-nāsi wal-dawābi wal-anʿāmi mukh'talifun alwānuhu kadhālika innamā yakhshā l-laha min ʿibādihi l-ʿulamāu inna l-laha ʿazīzun ghafūrun

Dhivehi އަދި މީސްތަކުންގެ ތެރޭގައްޔާއި އަދި ދިރޭތަކެއްޗާއި އަދި نعم ސޫފީގެ ތެރޭގައިވެސް ހަމައެފަދައިން ތަފާތުކުލައިގެ ތަކެތިވެއެވެ. (މިހުރީ ހައްތަހާވެސް ﷲގެ ކުޅަދުންވަނަތަކަމުގެ ދަލީލެވެ.) އަދި ހަމަކަށަވަރުން ﷲ އަށް ބިރުވެތިވާކަންކަށަވަރީ އެކަލާނގެ އަޅުތަކުން ކުރެން عالم ންނެވެ. (އެބަހީ އެކަލާނގެއީ ކޮންފަދަ މަތިވެރި ކުޅަދުންވަންތަ ފަރާތެއްކަން ދަންނަ عالم ންނެވެ. އީމާންނުވާ عالم ންނެއްނޫނެވެ. އީމާންނުވާ މީހުންނަށް شرعى ގޮތުން عالم ން ކިޔުން ހުއްދައެއްނޫނެވެ.) ހަމަކަށަވަރުން ﷲ އީ عزة ވަންތަ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.

Verse 29

إِنَّ ٱلَّذِينَ يَتْلُونَ كِتَـٰبَ ٱللَّهِ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَـٰهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَـٰرَةً لَّن تَبُورَ

Transliteration inna alladhīna yatlūna kitāba l-lahi wa-aqāmū l-ṣalata wa-anfaqū mimmā razaqnāhum sirran waʿalāniyatan yarjūna tijāratan lan tabūra

Dhivehi ހަމަކަށަވަރުން ކީރިތި قُرْآن ޢާއްމު ގޮތެއްގައި ކިޔަވާމީސްތަކުން ދަންނައެވެ. އަދި އެމީހުން ނަމާދު ކޮށް އަދި އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ރިޒުޤުން ސިއްރާއި ފައުޅުގައި ހޭދަކޮށް صَدَ قَة ދީ ހަދާމީސްތަކުން އެމީހުން އެ އެދެނީ ހަލާކުވެގެންނުދާފަދަ އަދި ގެއްލުން ނުވާފަދަ ވިޔަފާރިއަކަށެވެ. އެއީ އެމީހުންގެ ކިޔަމަންތެރިކަމުގެ ثَوَابُ އެވެ.

Verse 30

لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِۦٓ ۚ إِنَّهُۥ غَفُورٌ شَكُورٌ

Transliteration liyuwaffiyahum ujūrahum wayazīdahum min faḍlihi innahu ghafūrun shakūrun

Dhivehi އެއީ އެމީހުންގެ އުޖޫރަ އެކަލާނގެ ބަރާބަރު ކޮށްދެއްވުމަށެވެ. އަދި އެކަލާނގެ فَضْلُ ވަންތަވެރިކަމުން އެމީހުންނަށް އެއަށްވުރެވެސް އިތުރުކޮށްދެއްވުމަށެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ އަދި އަޅުތަކުންގެ صَالِحُ عَمَلُ ތަކަށް ގިނަގިނައިން ޝުކުރުވެރިވެ ވޮޑިގަންނަވާ ކަލާނގެއެވެ.

Verse 31

وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ مِنَ ٱلْكِتَـٰبِ هُوَ ٱلْحَقُّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ ۗ إِنَّ ٱللَّهَ بِعِبَادِهِۦ لَخَبِيرٌۢ بَصِيرٌ

Transliteration wa-alladhī awḥaynā ilayka mina l-kitābi huwa l-ḥaqu muṣaddiqan limā bayna yadayhi inna l-laha biʿibādihi lakhabīrun baṣīrun

Dhivehi (އޭ رَسُولُ الله އެވެ!) މިކީރިތި قُرْآن ގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް މިބާވާތްލައްވަނީ ހަމަ حَقُّ އެވެ. އެފޮތުގެ ކުރީބާވާތްލެއްވި ފޮތްތަކާއި އެފޮތާއި مُوَافِقُ ވާނެއެވެ. އެއްގޮތްވާނެއެވެ. ހަމަކަށަވަރުން الله تَعَالَى އީއެކަލާނގެ އަޅުތަކުންގެ އެންމެހައި خَبَرُ ތައް ދެނެވޮޑިގެންވާ އަދި އަޅުތަކުންނާއިމެދު ބައްލަވާ ވޮޑިގެންވާ ކަލާނގެއެވެ.

Verse 32

ثُمَّ أَوْرَثْنَا ٱلْكِتَـٰبَ ٱلَّذِينَ ٱصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِّنَفْسِهِۦ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌۢ بِٱلْخَيْرَٰتِ بِإِذْنِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ

Transliteration thumma awrathnā l-kitāba alladhīna iṣ'ṭafaynā min ʿibādinā famin'hum ẓālimun linafsihi wamin'hum muq'taṣidun wamin'hum sābiqun bil-khayrāti bi-idh'ni l-lahi dhālika huwa l-faḍlu l-kabīru

Dhivehi ދެން ތިމަންރަސްކަލާނގެ މިކީރިތި قُرْآن ވާރުތަކޮށްދިނީ ތިމަން ރަސްކަލާނގެ އަޅުތަކުން ކުރެ ތިމަންރަސްކަލާނގެإِخْتِيَارُ ކުރައްވައި މާތްކުރެއްވި އަޅުންނަށެވެ. ފަހެ އެމީހުންގެ ތެރޭގައި ތިމާގެ އަމިއްލަ ނަފުސަށް އަނިޔާވެރިވާމީހުންވެއެވެ. (އެއީ تَوْحِيْدُ ގެ އަހުލުވެރިންކުރެ ބޮޑުފާފައިގެ އަހުލުވެރިންކަމުގައި ވިއެވެ.) އަދި އެމީހުންގެތެރޭގައި مُقْتَصِدُ ންވެއެވެ. (އެބަހީ فَرْضُ ތައް އަދާކޮށް އަދި ބޮޑުފާފަތަކުން ދުރުވެގެންވާ މީހުންނެވެ.) އަދި އެމީހުންގެތެރޭގައި ﷲ ގެ އިޒުނަފުޅަށް ހެޔޮކަންތަކުގައި އިސްވެގަތްމީހުންވެއެވެ. މިއުއްމަތުގެމީހުން މިތިންބަޔަށް ތިބޭނޭކަމުގައި ވެއެވެ. ނަމަވެސް މިކަމުގައި إِخْتِلآفُ ވެފައިވެއެވެ. ކޮންމެއަކަސް މިކަމަކީ ﷲ ގެ حَضْرَةُ ންވާބޮޑުفَضْلُ ވަންތަވެރިކަމެކެވެ.

Verse 33

جَنَّـٰتُ عَدْنٍ يَدْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ

Transliteration jannātu ʿadnin yadkhulūnahā yuḥallawna fīhā min asāwira min dhahabin walu'lu-an walibāsuhum fīhā ḥarīrun

Dhivehi قَائِمُ ވެތިބޭ ސުވަރުގެތަކަށް އެބައިމީހުން ވައްދަވާނެއެވެ. އަދި އެތާގައި އެމީހުން ރަނާއި ރަންމުތުގެ އުޅައިތައް އަޅާނެއެވެ. ގަހަނާތައް އަޅާނެއެވެ. އަދިއެތާގައި އެމީހުންގެ ފޭރާމަކީ ފަށުވިފޭރާމެވެ.

Verse 34

وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَذْهَبَ عَنَّا ٱلْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ

Transliteration waqālū l-ḥamdu lillahi alladhī adhhaba ʿannā l-ḥazana inna rabbanā laghafūrun shakūrun

Dhivehi އަދި އެމީހުން ދަންނަވާނެއެވެ. އެންމެހައި حَمْدُ އާއި ثَنَاء އެއްހުރީ الله އަށެވެ. އެކަލާނގެއީ އަޅަމެނެގެ ކިބައިން އެންމެހައި ހިތާމައެއްގެންދަވައި ފިއްލެވި ކަލާނގެއެވެ. ހަމަކަށަވަރުން އަޅަމެންގެ رَبُّ އަކީ ގިނަގިނައިން ފާފަ ފުއްސަވާ އަދި އަޅުތަކުންގެ صَالِحُ عَمَلُ ތަކަށް ޝުކުރުވެރިވެ ވޮޑިގެންވާ ކަލާނގެ އެވެ.

Verse 35

ٱلَّذِىٓ أَحَلَّنَا دَارَ ٱلْمُقَامَةِ مِن فَضْلِهِۦ لَا يَمَسُّنَا فِيهَا نَصَبٌ وَلَا يَمَسُّنَا فِيهَا لُغُوبٌ

Transliteration alladhī aḥallanā dāra l-muqāmati min faḍlihi lā yamassunā fīhā naṣabun walā yamassunā fīhā lughūbun

Dhivehi އެކަލާނގެއީ قَائِمُ ތިބޭ މިގޮވަތީގައި އަޅަމެން ޤާއިމު ކުރައްވައި ވަޒަންވެރި ކުރެއްވި ކަލާނގެއެވެ. އެއީ އެކަލާނގެ فَضْلُ ވަންތަވެރިކަމުންނާއި އޯގާވަންތަވެރި ކަމުންނެވެ. އަދި އެސުވަރުގޭގައި އަޅަމެންނަށް އެއްވެސް މަސައްކަތެއް އަދި ބުރަކަމެއްވިޔަސް އަދި ވަރުބަލިވެ ކަންނެތްވުމެއްވެސްނުވެއެވެ.

Verse 36

وَٱلَّذِينَ كَفَرُوا۟ لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا۟ وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِى كُلَّ كَفُورٍ

Transliteration wa-alladhīna kafarū lahum nāru jahannama lā yuq'ḍā ʿalayhim fayamūtū walā yukhaffafu ʿanhum min ʿadhābihā kadhālika najzī kulla kafūrin

Dhivehi އަދި ކާފަރުވީ މީސްތަކުން ދަންނައެވެ. އެމީހުންނަށް قيامة ދުވަހުން ހުރީ ހަމަ ނަރަކައިގެ އަލިފާނެވެ. عذاب އެވެ. އެމީހުންގެ މައްޗަށް މަރުވުމަށް ނިޔާ ނުވެވޭނެއެވެ. މަރުވާނީވެސް އެހެންނަމަތާއެވެ. އަދި އެމީހުންނަށް އެ ނަރަކައިގެ عذاب ލުއިވެސް ނުވެވޭނެއެވެ. (އަދި ކިޔެއްހެއްޔެވެ؟ އެމީހުން ނަރަކައިގެ ގަދަ عذاب ގައި މަރުވުމެއްނެތި ދެމިތިބޭހުއްޓެވެ. (اَاللَّهُمَّ أَجِرْنَا مِنَ النَّارِ. آمين) އަދި ކާފަރުކަމުގައި ދެމިހުރެއްޖެ ކޮންމެ މީހަކަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

Verse 37

وَهُمْ يَصْطَرِخُونَ فِيهَا رَبَّنَآ أَخْرِجْنَا نَعْمَلْ صَـٰلِحًا غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُ ۖ فَذُوقُوا۟ فَمَا لِلظَّـٰلِمِينَ مِن نَّصِيرٍ

Transliteration wahum yaṣṭarikhūna fīhā rabbanā akhrij'nā naʿmal ṣāliḥan ghayra alladhī kunnā naʿmalu awalam nuʿammir'kum mā yatadhakkaru fīhi man tadhakkara wajāakumu l-nadhīru fadhūqū famā lilẓẓālimīna min naṣīrin

Dhivehi އަދި އެމީހުން އެނަރަކައިގައި ތިބެގެން ސަލާމަތަށް އެދި ހަޅޭއްލަވާ ގޮވާނެއެވެ. އެމީހުން ދަންނަވާނެއެވެ. އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން صالح عمل ކުރުމަށްޓަކައި - يعني ކުރިން ކުރިވިޔާ ނުދާ ނުބައި عمل ފިޔަވައި صالح عمل ކުރުމަށްޓަކައި އަޅަމެން މިތަނުން ނެރެދެއްވާށެވެ! (އޭގެ ޖަވާބުގައި ﷲ އަންގަވާނެއެވެ.) ذكر ކޮށް نصيحة ލިބިގަންނާނޭ މީހަކު ذكر ކޮށް نصيحة ލިބިގަތުމަށްޓަކައި ކަލޭމެންނަށް ފަހެ ތިމަން ރަސްކަލާނގެ عمر ނުދެއްވަން ހެއްޔެވެ؟ (އެބަހީ، އެހާ ވަރަށް عمر ދެއްވީމެވެ.) ފަހެ ކަލޭމެން މިއަދު ނަރަކައިގެ عذاب ގެ ރަހަ ލިބިގަންނާށެވެ. އަދި އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް މީހަކު މިއަދަކުނުވެއެވެ.

Verse 38

إِنَّ ٱللَّهَ عَـٰلِمُ غَيْبِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ

Transliteration inna l-laha ʿālimu ghaybi l-samāwāti wal-arḍi innahu ʿalīmun bidhāti l-ṣudūri

Dhivehi ހަމަކަށަވަރުން ﷲ تعالى އީ އުޑުތަކާއި ބިމުގެ غيب ދެނެވޮޑިގެންވާ ކަލާނގެއެވެ. ހަމަކަށަވަރުން ހިތްތަކުގެ ތެރޭގައިވާ އެންމެހައި خيال ތަކެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.

Verse 39

هُوَ ٱلَّذِى جَعَلَكُمْ خَلَـٰٓئِفَ فِى ٱلْأَرْضِ ۚ فَمَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَلَا يَزِيدُ ٱلْكَـٰفِرِينَ كُفْرُهُمْ عِندَ رَبِّهِمْ إِلَّا مَقْتًا ۖ وَلَا يَزِيدُ ٱلْكَـٰفِرِينَ كُفْرُهُمْ إِلَّا خَسَارًا

Transliteration huwa alladhī jaʿalakum khalāifa fī l-arḍi faman kafara faʿalayhi kuf'ruhu walā yazīdu l-kāfirīna kuf'ruhum ʿinda rabbihim illā maqtan walā yazīdu l-kāfirīna kuf'ruhum illā khasāran

Dhivehi އެކަލާނގެއީ ކަލޭމެންގެ ކުރީގައިވާ أمة ގެ ފަހަށް އަންނަބަޔަކު ކަމުގައި ކަލޭމެން ލެއްވި ރަސްކަލާނގެއެވެ. ފަހެ ކަލޭމެން ކުރެ މިބޮޑު نعمة އަށް ކާފަރުވެއްޖެ މީހާ ދަންނައެވެ. އޭނާގެ އެ ކާފަރުކަމުގެ ފާފަޔާއި ނުބައިހުންނާނީ ހަމަ އެނާގެ نفس ގެ މައްޗަށެވެ. އަދި ކާފަރުންގެ އެ ކާފަރުކަން އެމީހުންނަށް ﷲ ގެ حضرة ގައި ކޯފާ މެނުވީ އިތުރު ނުކޮށްދެއެވެ. އަދި ކާފަރުންގެ ކާފަރުކަން އެމީހުންނަށް ގެއްލުމާއި ހަލާކު މެނުވީ އިތުރުނޮކޮށްދެއެވެ.

Verse 40

قُلْ أَرَءَيْتُمْ شُرَكَآءَكُمُ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَـٰوَٰتِ أَمْ ءَاتَيْنَـٰهُمْ كِتَـٰبًا فَهُمْ عَلَىٰ بَيِّنَتٍ مِّنْهُ ۚ بَلْ إِن يَعِدُ ٱلظَّـٰلِمُونَ بَعْضُهُم بَعْضًا إِلَّا غُرُورًا

Transliteration qul ara-aytum shurakāakumu alladhīna tadʿūna min dūni l-lahi arūnī mādhā khalaqū mina l-arḍi am lahum shir'kun fī l-samāwāti am ātaynāhum kitāban fahum ʿalā bayyinatin min'hu bal in yaʿidu l-ẓālimūna baʿḍuhum baʿḍan illā ghurūran

Dhivehi (އޭ رسول الله އެވެ.) ކަލޭގެފާނު (އެ مشرك ންނަށް) ވިދާޅުވާށެވެ. ﷲ ފިޔަވައި ކަލޭމެން އެފަރާތް ތަކަށް ގޮވާ دعاء ކޮށް އަޅުކަން ކޮށްހަދާ ކަލޭމެންގެ شريك ންތަކާއިމެދު ކަލޭމެން ނިކަން ތިމަންފާނަށް خبر ދީބަލާށެވެ. އެތަކެތި يعني އެބުދުތައް ބިމުން އުފެއްދި އެއްޗެއް ނިކަން ތިމަން ކަލޭގެފާނަށް ދައްކައިބަލާށެވެ! އެތަކެތި ހެއްދެވި އެއްޗެއް ބިމުގައި ހުރިއްޔާ ދައްކައިބަލާށެވެ! (ނެތެވެ.) ނުވަތަ އުޑުތައް ﷲ ހެއްދެވިއިރު އެކަމުގައި އެތަކެތި ﷲ އާއިއެކު ބައިވެރިވެ އެކަލާނގެއާއި އެހީވެ حصّة އެއް ނެގީ ހެއްޔެވެ؟ (އެހެންވެސްނޫނެވެ.) ނުވަތަ ތިމަންރަސްކަލާނގެއާއި شريك އެއްވާ ކަމުގައި ލިޔެވި ބަޔާންވެގެންވާ ފޮތެއް ތިމަންރަސްކަލާނގެ އެމީހުންނަށް ދިނީހެއްޔެވެ؟ (އޭގެ މައްޗަށް ބުރަވެ ތިބޭނީ އެހެންނަމަތާއެވެ.) އަދި ކިޔެއްހެއްޔެވެ؟ މިއިން އެއްވެސް ކަމެއް ވީއެއްނޫނެވެ. އަނިޔާވެރި مشرك ން އެއްބަޔަކު އަނެއްބަޔަކަށް ހަމަ ހެއްލުންތެރިކަމެއް މެނުވީ وعد ނުކުރެއެވެ.

Verse 41

۞ إِنَّ ٱللَّهَ يُمْسِكُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَآ إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّنۢ بَعْدِهِۦٓ ۚ إِنَّهُۥ كَانَ حَلِيمًا غَفُورًا

Transliteration inna l-laha yum'siku l-samāwāti wal-arḍa an tazūlā wala-in zālatā in amsakahumā min aḥadin min baʿdihi innahu kāna ḥalīman ghafūran

Dhivehi ހަމަކަށަވަރުން އުޑުތަކާއި ބިން حركاة ކޮށް ހެލުނަނުދީ އަދި ވެއްޓުނަނުދީ ހިފަހައްޓަވަނީ ﷲ އެވެ. އަދި އެދެތަން حركاة ކޮށް ވެއްޓުނަސް އެކަލާނގެ ފިޔަވައި ހަމަ އެކަކުވެސް އެދެތަން ނުހިފައްޓާނެއެވެ. ހިފެހެއްޓޭނެ އެކަކުވެސް ނުވާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ އަވަހަށް عقوبة ނުދެއްވާ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.

Verse 42

وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِن جَآءَهُمْ نَذِيرٌ لَّيَكُونُنَّ أَهْدَىٰ مِنْ إِحْدَى ٱلْأُمَمِ ۖ فَلَمَّا جَآءَهُمْ نَذِيرٌ مَّا زَادَهُمْ إِلَّا نُفُورًا

Transliteration wa-aqsamū bil-lahi jahda aymānihim la-in jāahum nadhīrun layakūnunna ahdā min iḥ'dā l-umami falammā jāahum nadhīrun mā zādahum illā nufūran

Dhivehi އަދި އެބައިމީހުން ގަދަޔަށް ހުވާކޮށްފައި ބުނެއެވެ. އެބައިމީހުންގެ ކައިރިޔަށް نذير އަކު އަތުވެއްޖެއްޔާ يعني رسول ބޭކަލަކު ވަޑައިގެންފިއްޔާ އިސްވެދިޔަ أمة ތަކަށްވުރެ އެބަހީ، يهودي އިންނާއި نصارى އިންނަށްވުރެ ތެދުމަގުގައި އެމީހުންވާނެއެވެ. (އެބަހީ، އިސްވެދިޔަ މީހުން ފަދައިން رسول ބޭކަލުން ދޮގުކޮށް ކާފަރު ނުވާނެކަމަށެވެ.) ދެން ފަހެ އެބައިމީހުންގެ ގާތަށް رسول ބޭކަލަކު ވަޑައިގެން ހިނދުން އެބަހީ، محمد ﷺ ވަޑައިގެންނެވި ހިނދުން ދެކޮޅުވެރިކަމާއި ނުކިޔަމަންތެރިކަން މެނުވީ އެމީހުން އިތުރުނުވިއެވެ.

Verse 43

ٱسْتِكْبَارًا فِى ٱلْأَرْضِ وَمَكْرَ ٱلسَّيِّئِ ۚ وَلَا يَحِيقُ ٱلْمَكْرُ ٱلسَّيِّئُ إِلَّا بِأَهْلِهِۦ ۚ فَهَلْ يَنظُرُونَ إِلَّا سُنَّتَ ٱلْأَوَّلِينَ ۚ فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبْدِيلًا ۖ وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحْوِيلًا

Transliteration is'tik'bāran fī l-arḍi wamakra l-sayi-i walā yaḥīqu l-makru l-sayi-u illā bi-ahlihi fahal yanẓurūna illā sunnata l-awalīna falan tajida lisunnati l-lahi tabdīlan walan tajida lisunnati l-lahi taḥwīlan

Dhivehi އެއީ ބިމުގައި ބޮޑާވެ ކިބުރުވެރިވެގަތުމުގެ ގޮތުންނާއި އަދި ނުބައި ރޭވުމާއި މަކަރު ހެދުމުގެ ގޮތުންނެވެ. އަދި ނުބައިރޭވުމާއި މަކަރުގެ ނުބައިކަން އޭގެ أهل ވެރިންނަށް މެނުވީ ނުޖެހެއެވެ. އެމީހުން ފަހެ އެބަހީ، مكة ގެ مشرك ން އެ އިންތިޒާރުކުރަނީ އިސްވެ ދިޔަ أمة ތަކުގެ މީހުންނަށްވީގޮތަށް ވުމަށްކަމުގައި މެނުވީ އެބަވޭހެއްޔެވެ؟ (އެއީ رسول ބޭކަލުން ދޮގުކުރުމުގެ ސަބަބުން عذاب އައުމެވެ.) އެއީ ﷲ ގެ سنّة އެވެ. އެކަލާނގެ ކަންތައް ގެންދަވާގޮތެވެ. އަދި ﷲގެ އެ أصول އަށް އެއްވެސް ބަދަލެއް އަންނަތަން ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. އަދި ﷲގެ އެގޮތަށް އެނޫންގޮތެއްވެ ބަދަލުވާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. (އެގޮތަކީ، رسول ބޭކަލުން ދޮގުކޮށް إيمان ނުވި ބައެއްގެ މައްޗަށް އެންމެ ފަހުން عذاب ފޮނުއްވުމެވެ.)

Verse 44

أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ وَكَانُوٓا۟ أَشَدَّ مِنْهُمْ قُوَّةً ۚ وَمَا كَانَ ٱللَّهُ لِيُعْجِزَهُۥ مِن شَىْءٍ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ ۚ إِنَّهُۥ كَانَ عَلِيمًا قَدِيرًا

Transliteration awalam yasīrū fī l-arḍi fayanẓurū kayfa kāna ʿāqibatu alladhīna min qablihim wakānū ashadda min'hum quwwatan wamā kāna l-lahu liyuʿ'jizahu min shayin fī l-samāwāti walā fī l-arḍi innahu kāna ʿalīman qadīran

Dhivehi އެބައިމީހުން އެބަހީ مكة ގެ مشرك ން- އެމީހުން ބިމުގެ އެތައްމިތާ ދަތުރުފަތުރުކޮށް އެމީހުންގެ ކުރިން އިސްވެދިޔަ އެބާވަތުގެ މީހުންގެ يعني رسول ބޭކަލުން ދޮގުކުރި މީހުންގެ ނިމުން ހުރިގޮތާއިމެދު فكر ކޮށްބަލައި އެއިން عبرة އެއް حاصل ނުކުރާނޭބާވައެވެ. ފަހެ ކުރިން އިސްވެދިޔަ أمة ތަކުގެ މީސްތަކުންވީ މިމީހުންނަށްވުރެ ބާރުގެގޮތުން މާގަދަކަމުގައެވެ. (އެހެންނަމަވެސް رسول ބޭކެލުން ދޮގުކޮށް ﷲ އަށް إيمان ނުވި ހިނދުން ﷲ އެމީހުން ހަލާކު ކުރެއެވީއެވެ. އޭގެ އަސަރުތައް މިމީހުން ދަތުރުފަތުރުކޮށް ގޮސްއައިސްވާ ހިސާބުން ފެންނަންވެސް ހުންނާނެއެވެ. އެބާރުގަދަ މީހުންނަށްވެސް ﷲ ނުކުޅައްދައެއްނުލެއްވުނެވެ. އުޑުތަކާއި ބިމުގެ އެއްވެސް އެއްޗެއް އަދި އެއްވެސް ކަމެއްވިޔަސް ﷲ ނުކުޅައްދައެއް ނުލެވޭނެއެވެ. ކޮންމެ ކަމަކަށްވެސް ﷲ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ އަދި ކުޅަދުންވަންތަ ކަލާނގެއެވެ.

Verse 45

وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُوا۟ مَا تَرَكَ عَلَىٰ ظَهْرِهَا مِن دَآبَّةٍ وَلَـٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى ۖ فَإِذَا جَآءَ أَجَلُهُمْ فَإِنَّ ٱللَّهَ كَانَ بِعِبَادِهِۦ بَصِيرًۢا

Transliteration walaw yuākhidhu l-lahu l-nāsa bimā kasabū mā taraka ʿalā ẓahrihā min dābbatin walākin yu-akhiruhum ilā ajalin musamman fa-idhā jāa ajaluhum fa-inna l-laha kāna biʿibādihi baṣīran

Dhivehi މީސްތަކުން ކުރާ ނުބައި ކަންތަކުގެ ސަބަބުން ކުއްލިއަކަށް ﷲ އެމީހުން ހިތްޕަވާނެނަމަ ހަލާކުކުރައްވާނެނަމަ މިބިމުގެ މަތީގައި އެއްވެސް ދިރޭ އެއްޗެއް ނުބަހައްޓަވައި އެކަލާނގެ އެންމެހައި ތަކެތި ހަލާކު ކުރައްވައިފީހެވެ. ނަމަވެސް އެއެންމެން (ފާފަކުރުމާ އެކުވެސް) ނުމަރުއްވައި ބައިތިއްބަވާފައި އެވަނީ ކަނޑައެޅި عَيَّنْ ވެގެންވާ މުއްދަތަކަށެވެ. އެއީ قيامة ދުވަސް އައުމެވެ. އެ مدت ހަމަހަމަވުން- އެކަލާނގެ އެންމެހައި އަޅުތަކުންނަށް ބައްލަވައިވޮޑިގެންވާ ކަލަކުކަމުގައި ވާނެއެވެ. (އެބަހީ ثواب އާއި ދަރުމަ حق ވީ ބަޔަކާއި عذاب އާއި ކޯފާ حق ވީބަޔަކު އެކަލާނގެ ވަކިކުރައްވައި فيصلة ކުރައްވައި جزاء ދެއްވާހުއްޓެވެ.) والحمد لله...

Read Surah Fatir in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.