MyDugsiStart learning

Surah At-Tawbah in Dhivehi: translation and audio

Surah 9 · التوبة · The Repentance · 129 verses

Surah At-Tawbah verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah At-Tawbah word by word in English.

Verse 1

بَرَآءَةٌ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلَّذِينَ عَـٰهَدتُّم مِّنَ ٱلْمُشْرِكِينَ

Transliteration barāatun mina l-lahi warasūlihi ilā alladhīna ʿāhadttum mina l-mush'rikīna

Dhivehi މިއީ (ކަލޭމެން مؤمن ންނާއި) عهد ކުރި، (އެގްރީމެންޓްކުރި) مشرك ންގެ ކިބައިން ﷲ އާއި އެކަލާނގެ رسول އާގެ ފަރާތުން ވާ ބަރީއަވުމެކެވެ. ބަރީއަވާކަން އެންގުމެވެ. (އެއީ އެމީހުން رسول ﷲ ﷺ އާއި އެމީހުންނާ ދެމެދުވީ عهد އާއި އެގްރީމެންޓާއި އެމީހުން خلاف ވެގެންނެވެ. رسول ﷲ ﷺ އާއި ކުރާ عهد އަކީ މުޅި إسلامى أمّة އާ ކުރާ عهد އެވެ.)

Verse 2

فَسِيحُوا۟ فِى ٱلْأَرْضِ أَرْبَعَةَ أَشْهُرٍ وَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۙ وَأَنَّ ٱللَّهَ مُخْزِى ٱلْكَـٰفِرِينَ

Transliteration fasīḥū fī l-arḍi arbaʿata ashhurin wa-iʿ'lamū annakum ghayru muʿ'jizī l-lahi wa-anna l-laha mukh'zī l-kāfirīna

Dhivehi (އޭ مشرك ންނޭވެ!) ހަތަރުމަސްދުވަސްވާންދެން ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް އުޅޭށެވެ. (އޭގެފަހުގައި ދެން ހަނގުރާމައެވެ.) އަދި ކަލޭމެން ދަންނާށެވެ! ކަލޭމެންނަކީ ﷲ ނުކުޅައްދައިލެވޭނެ ބައެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ އީ ކާފަރުން ދެރަކޮށް ނިކަމެތިކުރައްވާނޭ ކަލާނގެއެވެ.

Verse 3

وَأَذَٰنٌ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوْمَ ٱلْحَجِّ ٱلْأَكْبَرِ أَنَّ ٱللَّهَ بَرِىٓءٌ مِّنَ ٱلْمُشْرِكِينَ ۙ وَرَسُولُهُۥ ۚ فَإِن تُبْتُمْ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَوَلَّيْتُمْ فَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۗ وَبَشِّرِ ٱلَّذِينَ كَفَرُوا۟ بِعَذَابٍ أَلِيمٍ

Transliteration wa-adhānun mina l-lahi warasūlihi ilā l-nāsi yawma l-ḥaji l-akbari anna l-laha barīon mina l-mush'rikīna warasūluhu fa-in tub'tum fahuwa khayrun lakum wa-in tawallaytum fa-iʿ'lamū annakum ghayru muʿ'jizī l-lahi wabashiri alladhīna kafarū biʿadhābin alīmin

Dhivehi އަދި (މިއީ) ބޮޑުވެގެންވާ حجّ ދުވަހު - يعني: ބޮޑު عيد ދުވަހު - އެންމެހައި މީސްތަކުންނަށް ﷲ އާއި އެކަލާނގެ رسول އާގެ ފަރާތުން ކުރައްވާ إعلان އެކެވެ. އެންގެވުމެކެވެ. އެއީ ހަމަކަށަވަރުން ﷲ ވަނީ مشرك ންގެ ކިބައިން ބަރީއަވެގެންނެވެ. އަދި އެކަލާނގެ رسول އާވެސް ވަނީ (مشرك ންގެ ކިބައިން) ބަރީއަވެވަޑައިގެންނެވެ. (އެކަން އަންގައި إعلان ކުރުމެކެވެ.) އަދި ކަލޭމެން (مشرك ން) توبة ވެ ﷲ ގެ މަގަށް رجوع ވެއްޖެއްޔާ އެއީ ކަލޭމެންނަށްވާ ހެވެވެ. އަދި ކަލޭމެން އެނބުރި ފުރަގަސްދީފިއްޔާވެސް ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ކަލޭމެންނަކީ ﷲ ނުކުޅައްދައިލެވޭނެ ބައެއްނޫނެވެ. (އެބަހީ: ކަލޭމެން ކޮންމެތާކު ފިލާރައްކާވާން އުޅުނަސް އެކަލާނގެ ކަލޭމެން އަތުލައްވާނެތެވެ.) އަދި ކާފަރުންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!

Verse 4

إِلَّا ٱلَّذِينَ عَـٰهَدتُّم مِّنَ ٱلْمُشْرِكِينَ ثُمَّ لَمْ يَنقُصُوكُمْ شَيْـًٔا وَلَمْ يُظَـٰهِرُوا۟ عَلَيْكُمْ أَحَدًا فَأَتِمُّوٓا۟ إِلَيْهِمْ عَهْدَهُمْ إِلَىٰ مُدَّتِهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ

Transliteration illā alladhīna ʿāhadttum mina l-mush'rikīna thumma lam yanquṣūkum shayan walam yuẓāhirū ʿalaykum aḥadan fa-atimmū ilayhim ʿahdahum ilā muddatihim inna l-laha yuḥibbu l-mutaqīna

Dhivehi مشرك ންގެތެރެއިން ކަލޭމެން مؤمن ންނާއި عهد ކޮށް އެ عهد ން އެއްވެސް ތަންކޮޅެއް އުނި ނުކޮށް عهد މަތީ ރަނގަޅަށް ސާބިތުވެތިބެ އަދި ކަލޭމެން مؤمن ންނާއި خلاف ވެ ދެކޮޅުވެރި އެއްވެސް ބަޔަކާއި އެހީވެ ވާގިނުދީ ތިބި އެބަހީ: ކުރި عهد މަތީ ރަނގަޅަށް ތިބި مشرك ންނާއިމެދު ދަންނައެވެ! ފަހެ އެމީހުންގެ އެ عهد އޭގެ މުއްދަތު ހަމަވާންދެން ފުރިހަމަ ކުރާށެވެ! (އެމީހުންނަށް އެޔާޚިލާފުގޯނާ ނުކުރާށެވެ!) ހަމަކަށަވަރުން تقوى ވެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.

Verse 5

فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

Transliteration fa-idhā insalakha l-ashhuru l-ḥurumu fa-uq'tulū l-mush'rikīna ḥaythu wajadttumūhum wakhudhūhum wa-uḥ'ṣurūhum wa-uq'ʿudū lahum kulla marṣadin fa-in tābū wa-aqāmū l-ṣalata waātawū l-zakata fakhallū sabīlahum inna l-laha ghafūrun raḥīmun

Dhivehi ދެންފަހެ حرمة ތެރިވެގެންވާ މައްސަރުތައް ނިމިއްޖެއްޔާ. (އެބަހީ: مُحرّم މަސް ނިމިއްޖެއްޔާ) ދެން مشرك ންގެ މީހުން ކަލޭމެނަށް ފެނުނުތާކުން މަރާށެވެ! قتل ކުރާށެވެ! އަދި އެމީހުން ހިފާ އަސީރުކޮށް حَصَار ކޮށް އެބަހީ: އަމިއްލައަށް تَصَرّف ނުކުރެވޭ ގޮތަށް ބަންދުކޮށް ހަދާށެވެ! އަދި އެމީހުން އަތުލައިގަތުމަށް إنتظار ކުރެވޭ ކޮންމެ ތަނެއްގައި ކޮންމެ މަގެއްގައި إنتظار ކޮށް ބަލަބަލައި ތިބޭށެވެ! ދެންފަހެ އެމީހުން توبة ވެ އަދި އެމީހުން ނަމާދު قائم ކޮށް އަދި އެމީހުން ޒަކާތްދީ ހަދައިފިއްޔާ ދެން އެމީހުންގެ މަގުން އެމީހުން ދޫކޮށްލާށެވެ! (ދެން ނުބެހޭށެވެ!) ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ! تفسير الطّبرى ގައި إبن عبّاس ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައި ވެއެވެ. • بَرَاءَةُ ގެ އާޔަތް ބާވައިލެއްވުމުގެ ކުރިން رسول ﷲ ﷺ އާއި عهد އެއް ވެފައިވާ مشرك ންގެ مُدَّة އަކީ އެއާޔަތް إعلان ކުރެއްވުމަށްފަހު ربيع الآخر ގެ ދިހަވަނަ ދުވަހާއި ހަމައެވެ. އެއީ އެއަހަރުގެ حجّ މަހުގެ ދިހައަކުން އެއަހަރުގެ ربيع الآخر މަހުގެ ދިހައަކަށެވެ. ހަތަރުމަހެވެ. • مشرك ން ކުރެ عهد އުވާލައި ހެދިމީހުންނާމެދު ބަލާނެ عهد އެއް ނެތެވެ. (އެއީ محرّم މަސް ނިމެންދެނެވެ.)\n• އަދި مشرك ންކުރެ رسول ﷲ ﷺ އާއި عهد ކޮށް عهد އަށް އެއްވެސް ގޮތަކުން އުނިއިތުރު ނުކޮށް ސާބިތުވެތިބިމީހުންގެ مدّة އަކީ އެ عهد ގައިވާ مدّة ހަމަވާންދެނެވެ.

Verse 6

وَإِنْ أَحَدٌ مِّنَ ٱلْمُشْرِكِينَ ٱسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَـٰمَ ٱللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُۥ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ

Transliteration wa-in aḥadun mina l-mush'rikīna is'tajāraka fa-ajir'hu ḥattā yasmaʿa kalāma l-lahi thumma abligh'hu mamanahu dhālika bi-annahum qawmun lā yaʿlamūna

Dhivehi (އޭ رسول ﷲ އެވެ!) مشرك ންކުރެ އެކަކުވެސް ކަލޭގެފާނުންގެ އަރިހުން އަމާންކަން އެދެފިއްޔާ އެމީހަކަށް އަމާންކަން ދެއްވާށެވެ! އެއީ އޭނާ ﷲ ގެ كلام ފުޅު އެބަހީ: ކީރިތި قرآن ގެ އަޑު އޭނާ އަހައިފުމަށް ދާންދެނެވެ. (އަދި އޭނާއަށް އިވޭފަށުގައި قرآن ކިޔަވާށެވެ!) ދެން އޭގެފަހުން އޭނާ އޭނާއަށް އަމާންކަން ލިބޭތަނަކަށް ފޮނުވާށެވެ! (އެއީ އޭނާ توبة ވެ إسلام ވުމުން މަނާވެގެންފިއްޔާއެވެ.) އެހެނީ ހަމަކަށަވަރުން އެމީހުންނަކީ އެއީ ނޭނގޭ ބައެކެވެ. (إيمان ނުވީމާ އެމީހުންނަށް ހުރި ގެއްލުމާ ހަލާކުވެސް ނޭނގޭ ބައެކެވެ.)

Verse 7

كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِندَ ٱللَّهِ وَعِندَ رَسُولِهِۦٓ إِلَّا ٱلَّذِينَ عَـٰهَدتُّمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ ۖ فَمَا ٱسْتَقَـٰمُوا۟ لَكُمْ فَٱسْتَقِيمُوا۟ لَهُمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ

Transliteration kayfa yakūnu lil'mush'rikīna ʿahdun ʿinda l-lahi waʿinda rasūlihi illā alladhīna ʿāhadttum ʿinda l-masjidi l-ḥarāmi famā is'taqāmū lakum fa-is'taqīmū lahum inna l-laha yuḥibbu l-mutaqīna

Dhivehi ﷲ تعالى އާއި އެކަލާނގެ رسول އާގެ އަރިހުގައި مشرك ންނަށް عهد އެއް ذمّة އެއް އޮންނާން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ ހަމައެކަނި مَسْجِدُ اْلحَرَام ގެ ކައިރީގައި ކަލޭމެން (مؤمن ން) ނާއި عهد ކޮށް އެގްރީމެންޓްވީ މީހުނަށް މެނުވީއެވެ. (އެމީހުންނަކީ كِنَانَة ވަންހައިގެ بَنوبَكر ގަބީލާގެ ބައެއް ކަމުގައިވިއެވެ. އެމީހުން ތިބީ رسول ﷲ ﷺ އާއި އެމީހުންނާއި ދެމެދުވީ عهد ގެ މަތީ ސާބިތުވެގެން ކަމުގައިވިއެވެ.) ފަހެ އެމީހުން ކަލޭމެން (مؤمن ން) ނާއިމެދު عهد މަތީ قائم ވެ ތިބިއްޔާ ކަލޭމެން مؤمن ންވެސް އެމީހުންގެ އެ عهد މަތީ قائم ވެ ތިބޭށެވެ. ހަމަކަށަވަރުން تقوى ވެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.

Verse 8

كَيْفَ وَإِن يَظْهَرُوا۟ عَلَيْكُمْ لَا يَرْقُبُوا۟ فِيكُمْ إِلًّا وَلَا ذِمَّةً ۚ يُرْضُونَكُم بِأَفْوَٰهِهِمْ وَتَأْبَىٰ قُلُوبُهُمْ وَأَكْثَرُهُمْ فَـٰسِقُونَ

Transliteration kayfa wa-in yaẓharū ʿalaykum lā yarqubū fīkum illan walā dhimmatan yur'ḍūnakum bi-afwāhihim watabā qulūbuhum wa-aktharuhum fāsiqūna

Dhivehi (عهد އުވާލި ބަޔަކަށް ނުވަތަ عهد އެއް ކޮށްފައި ނެތް ބަޔަކާއިމެދު) ﷲ ގެ ذمّة އެއް އަދި عهد އެއް އޮތުން حقّ ވާނީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ އެމީހުން ކަލޭމެންގެ މައްޗަށް މިހާރު ގަދަވެގަތަސް ކަލޭމެންނާއިމެދު އެމީހުން އެއްވެސް ގާތްކަމަކާއިމެދުވިޔަސް އަދި ވެފައިއޮތް عهد އަކާއި ذمّة އަކާއިމެދުވެސް އެއްވެސް ފަރުވާލެއް ބެލުމެއް ނުބާއްވާނެއެވެ. (ކަލޭމެންނާއިމެދު އެމީހުން ހިތަށްއެރިގޮތެއް ހަދައިލާނެއެވެ.) އެމީހުން ކަލޭމެން ރުއްސަނީ ހަމަ އެމީހުންގެ އަނގަތަކުންނެވެ. އެމީހުންގެ ހިތްތައްވަނީ މުޅިން އިދިކޮޅަށެވެ. އަދި އެމީހުންކުރެ ގިނަމީހުންނަކީ فاسق ންނެވެ. ﷲ ގެ ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.

Verse 9

ٱشْتَرَوْا۟ بِـَٔايَـٰتِ ٱللَّهِ ثَمَنًا قَلِيلًا فَصَدُّوا۟ عَن سَبِيلِهِۦٓ ۚ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ

Transliteration ish'taraw biāyāti l-lahi thamanan qalīlan faṣaddū ʿan sabīlihi innahum sāa mā kānū yaʿmalūna

Dhivehi އެމީހުން އެބަހީ: ކާފަރުން ﷲ ގެ އާޔަތްތައް ކުޑައަގަކަށް ވިއްކީއެވެ. (ބުނެވެނީ أبوسفيان އެމީހުންނަށް ދިން ކާއެތިކޮޅަކަށް އެމީހުން رسول ﷲ ﷺ އާއި ދެމެދުވެފައިވާ عهد އުވައިލި ކަމަށެވެ. والله أعلم) ދެން އެމީހުން ﷲ ގެ މަގު މީސްތަކުންނަށް ބަންދުކުރީއެވެ. (إسلام دين އަށް މީހުން ވަނުން މަނާކޮށް އަދި إسلام دين ގައި ތިބި މީހުން އެދީނުން ބޭރުކުރެވޭތޯ މަސައްކަތްކުރީއެވެ.) ހަމަކަށަވަރުން އެމީހުން ކުރާކަމުގައިވީ ކަންތައް ނުބައިވެގެންވެއެވެ.

Verse 10

لَا يَرْقُبُونَ فِى مُؤْمِنٍ إِلًّا وَلَا ذِمَّةً ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُعْتَدُونَ

Transliteration lā yarqubūna fī mu'minin illan walā dhimmatan wa-ulāika humu l-muʿ'tadūna

Dhivehi އެމީހުން އެއްވެސް مؤمن އެއްގެ ގާތްކަމަކަށް އަދި ވެފައިއޮތް عهد އެއްގެ ذمّة އަކަށް އެއްވެސް ބެލުމެއް - އަދި ފަރުވާލެއް ނުބަހައްޓާނެއެވެ. އެމީހުންނަކީ ހަމަ ހައްދުފަހަނަޅައިފާ ބައެކެވެ.

Verse 11

فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَإِخْوَٰنُكُمْ فِى ٱلدِّينِ ۗ وَنُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْلَمُونَ

Transliteration fa-in tābū wa-aqāmū l-ṣalata waātawū l-zakata fa-ikh'wānukum fī l-dīni wanufaṣṣilu l-āyāti liqawmin yaʿlamūna

Dhivehi ފަހެ އެމީހުން توبة ވެ އެގޮތް ދޫކޮށް، އަދި އެމީހުން ނަމާދު قائم ކޮށް އަދި އެމީހުން ޒަކާތްދިން ކަމުގައިވަންޏާ އެއީ ހަމަ دين ގެގޮތުން ކަލޭމެންގެ أخ ންނެވެ. އަދި ތަންދޮރު ދަންނަ ބަޔަކަށް ތިމަންރަސްކަލާނގެ އާޔަތްތައް تفصيل ކޮށްދެއްވަމެމެވެ.

Verse 12

وَإِن نَّكَثُوٓا۟ أَيْمَـٰنَهُم مِّنۢ بَعْدِ عَهْدِهِمْ وَطَعَنُوا۟ فِى دِينِكُمْ فَقَـٰتِلُوٓا۟ أَئِمَّةَ ٱلْكُفْرِ ۙ إِنَّهُمْ لَآ أَيْمَـٰنَ لَهُمْ لَعَلَّهُمْ يَنتَهُونَ

Transliteration wa-in nakathū aymānahum min baʿdi ʿahdihim waṭaʿanū fī dīnikum faqātilū a-immata l-kuf'ri innahum lā aymāna lahum laʿallahum yantahūna

Dhivehi އަދި އެމީހުން عهد ކަށަވަރުކޮށް އެގްރީމެންޓްކުރުމަށްފަހު އެމީހުންގެ އެ عهد އުވައިލައިފިއްޔާ އަދި ކަލޭމެން (مؤمن ންގެ) دين އާއިމެދު عَيب ކިޔައި ހުތުރު އެއްޗެތި ކިޔައި ހަދަންޏާ (އެއީ ހަމަ ކާފަރުންނެވެ.) ފަހެ ކާފަރުންގެ އެ إمام ންނާއި ސަރުދާރުންނާއި ކަލޭމެން ހަނގުރާމަ ކުރާށެވެ! ހަމަކަށަވަރުން އެމީހުންނަކަށް އެއްވެސް عهد ކަށަވަރެއް ނުވެއެވެ. (އެބަހީ: عهد އުވާލި ކާފަރުންނާއިމެދު حرمة ތެރިވެވޭފަދަ އެއްވެސް عهد އެއް ހުވައެއްނެތެވެ.) އެއީ އެމީހުން އެތިބިގޮތް ދޫކޮށް އެކަން ހުއްޓައިތޯއެވެ.

Verse 13

أَلَا تُقَـٰتِلُونَ قَوْمًا نَّكَثُوٓا۟ أَيْمَـٰنَهُمْ وَهَمُّوا۟ بِإِخْرَاجِ ٱلرَّسُولِ وَهُم بَدَءُوكُمْ أَوَّلَ مَرَّةٍ ۚ أَتَخْشَوْنَهُمْ ۚ فَٱللَّهُ أَحَقُّ أَن تَخْشَوْهُ إِن كُنتُم مُّؤْمِنِينَ

Transliteration alā tuqātilūna qawman nakathū aymānahum wahammū bi-ikh'rāji l-rasūli wahum badaūkum awwala marratin atakhshawnahum fal-lahu aḥaqqu an takhshawhu in kuntum mu'minīna

Dhivehi (އޭ مؤمن ންނޭވެ!) އެބަޔަކު އެބަޔަކު ކުރި عهد ކަށަވަރު އުވާލި ބަޔަކާއިމެދު ކަލޭމެން ހަނގުރާމަ ނުކުރާނޫހެއްޔެވެ؟ އަދި އެމީހުންނަކީ رسول އާ އެކަލޭގެފާނުންގެ ރަށުން ނެރެލުމަށް މަސައްކަތްކުރި މީހުންނެވެ. އަދި އެމީހުންނަކީ އެންމެ ފުރަތަމައިން ކަލޭމެންނާއި ހަނގުރާމަ ފެށި މީހުންނެވެ. ކަލޭމެން (مؤمن ން) ފަހެ އެމީހުންދެކެ ބިރުގަންނަނީހެއްޔެވެ؟ ފަހެ އެފަރާތަކަށް ބިރުވެތިވުމުގެ ގޮތުން ބިރުވެތިވާން ﷲ އަށް ބިރުވެތިވުން މާ حقّ ކަންބޮޑެވެ. ކަލޭމެންނަކީ مؤمن ންކަމުގައި ވަންޏާއެވެ.

Verse 14

قَـٰتِلُوهُمْ يُعَذِّبْهُمُ ٱللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ

Transliteration qātilūhum yuʿadhib'humu l-lahu bi-aydīkum wayukh'zihim wayanṣur'kum ʿalayhim wayashfi ṣudūra qawmin mu'minīna

Dhivehi ކަލޭމެން ފަހެ އެމީހުންނާ ހަނގުރާމަކުރާށެވެ! ކަލޭމެންގެ އަތްތަކުން ﷲ އެމީހުންނަށް عذاب ދެއްވަނީއެވެ. އަދި އެކަލާނގެ އެމީހުން ދެރަކުރައްވައި އެމީހުންގެ މައްޗަށް އެކަލާނގެ ކަލޭމެނަށް نصر ދެއްވަނީއެވެ. އަދި مؤمن ބައެއްގެ ހިތްތަކަށް އެކަލާނގެ شفاء ދެއްވަނީއެވެ. • ދަންނައެވެ! مؤمن ބައެއްގެ ހިތްތަކަށް شفاء ދެއްވުމޭ ބުނެވުނުބަހުގެ މުރާދެއްކަމުގައިވަނީ رسول ﷲ ﷺ ގެ حَلِيْفُ ންކަމުގައިވާ خُزَاعَة ވަންހައެވެ. (والله أعلم)

Verse 15

وَيُذْهِبْ غَيْظَ قُلُوبِهِمْ ۗ وَيَتُوبُ ٱللَّهُ عَلَىٰ مَن يَشَآءُ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

Transliteration wayudh'hib ghayẓa qulūbihim wayatūbu l-lahu ʿalā man yashāu wal-lahu ʿalīmun ḥakīmun

Dhivehi އަދި ކާފަރުން މަރާ އެމީހުންނަށް مؤمن ންގެ އަތްތަކުން އަދަބުދެއްވަނީ އެމީހުންގެ ހިތްތަކުގައިވާ ރުޅިވެރިކަމާއި ދެކޮޅުވެރިކަން އެކަލާނގެ ނެތިކުރައްވައި ދުއްވައިލުމަށްޓަކައެވެ. އަދި ﷲ تعالى އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް توبة ލެއްވުމަށެވެ. އަދި ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.

Verse 16

أَمْ حَسِبْتُمْ أَن تُتْرَكُوا۟ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَـٰهَدُوا۟ مِنكُمْ وَلَمْ يَتَّخِذُوا۟ مِن دُونِ ٱللَّهِ وَلَا رَسُولِهِۦ وَلَا ٱلْمُؤْمِنِينَ وَلِيجَةً ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ

Transliteration am ḥasib'tum an tut'rakū walammā yaʿlami l-lahu alladhīna jāhadū minkum walam yattakhidhū min dūni l-lahi walā rasūlihi walā l-mu'minīna walījatan wal-lahu khabīrun bimā taʿmalūna

Dhivehi (އޭ مؤمن ންނޭވެ!) އަދި ކަލޭމެންގެތެރޭގައިވާ جهاد ކުރި މީހުންނާއި އަދި ﷲ އާއި އަދި އެކަލާނގެ رسول އާ އާއި مؤمن ތަކުން ފިޔަވައި އެހެން ބައެއްގެތެރެއިން رحمة ތެރި إخلاص ތެރި ސަހަރޯވެރިއެއް ނުހިފާ މީހުންނާއި (إختيار ނުކުރާމީހުންނާއި) މިކަންކަން ﷲ ގެ ދެނެވޮޑިގަތުމުގައި ވާގޮތް تحقيق ވެ ފައުޅުނުވަނިސް ކަލޭމެން (ހަމަ مؤمن ންނޭ ބުނީމާ) އެއްވެސް إمتحان އެއް ނުކުރައްވާ ދޫކޮށްލެވޭނޭކަމަށް ކަލޭމެން ހީކުރީހެއްޔެވެ؟ (އެހެން ނުވާނެއެވެ. ކަލޭމެންގެ އީމާންކަން އެކަލާނގެ ޗެކްކުރައްވާނެއެވެ.) އަދި ﷲ އީ ކަލޭމެންކުރާ ކަމުގައިވާ ކަންތައްތަކުގެ خبر މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 17

مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُوا۟ مَسَـٰجِدَ ٱللَّهِ شَـٰهِدِينَ عَلَىٰٓ أَنفُسِهِم بِٱلْكُفْرِ ۚ أُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ وَفِى ٱلنَّارِ هُمْ خَـٰلِدُونَ

Transliteration mā kāna lil'mush'rikīna an yaʿmurū masājida l-lahi shāhidīna ʿalā anfusihim bil-kuf'ri ulāika ḥabiṭat aʿmāluhum wafī l-nāri hum khālidūna

Dhivehi އަދި مشرك ން ތިމާމެންގެ އަމިއްލަ نفس ތަކުގެމައްޗަށް. ކާފަރުކަމަށް ހެކިދޭ حال ގައި ﷲ ގެ މިސްކިތްތައް عمارة ކޮށް މަރާމާތުކޮށް ހެދުމީ އަދި ބިނާކުރުމީވެސް مشرك ންނަށް އޮތްކަމެއްނޫނެވެ. އެމީހުންނީ އެމީހުންގެ ހެޔޮ عمل ތައް باطل ވެގެންވާ ބައެކެވެ. އަދި އެމީހުން ދެމިތިބޭނީ ހަމަނަރަކައިގައެވެ.

Verse 18

إِنَّمَا يَعْمُرُ مَسَـٰجِدَ ٱللَّهِ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَلَمْ يَخْشَ إِلَّا ٱللَّهَ ۖ فَعَسَىٰٓ أُو۟لَـٰٓئِكَ أَن يَكُونُوا۟ مِنَ ٱلْمُهْتَدِينَ

Transliteration innamā yaʿmuru masājida l-lahi man āmana bil-lahi wal-yawmi l-ākhiri wa-aqāma l-ṣalata waātā l-zakata walam yakhsha illā l-laha faʿasā ulāika an yakūnū mina l-muh'tadīna

Dhivehi ﷲ ގެ މިސްކިތްތައް ބިނާކޮށް عمارة ކުރަންވާނެކަން ކަށަވަރީ ﷲ އަށާއި އަދި آخرة ދުވަހަށް އީމާންވާމީހުންނެވެ. އަދި އެމީހާ ނަމާދު قائم ކޮށް އަދި ޒަކާތްދޭ މީހުންނެވެ. އަދި ﷲ އަށް މެނުވީ ބިރުވެތިނުވާ މީހުންނެވެ. (ފަހެ މިދެންނެވި ސިފަތައް ހުރި މީހުން ދަންނައެވެ!) އެމީހުން އެއީ ތެދުމަގުގައި ތިބި މީހުންކަމުގައިވުން أمّيد ކުރެވެއެވެ. (މިސްކިތް ބިނާކޮށް މަރާމާތުކުރަންވެސްވާނީ އެފެދަމީހުންނެވެ.)

Verse 19

۞ أَجَعَلْتُمْ سِقَايَةَ ٱلْحَآجِّ وَعِمَارَةَ ٱلْمَسْجِدِ ٱلْحَرَامِ كَمَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَجَـٰهَدَ فِى سَبِيلِ ٱللَّهِ ۚ لَا يَسْتَوُۥنَ عِندَ ٱللَّهِ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ

Transliteration ajaʿaltum siqāyata l-ḥāji waʿimārata l-masjidi l-ḥarāmi kaman āmana bil-lahi wal-yawmi l-ākhiri wajāhada fī sabīli l-lahi lā yastawūna ʿinda l-lahi wal-lahu lā yahdī l-qawma l-ẓālimīna

Dhivehi حاجى ންނަށް ފެންދިނުމާއި مَسْجِدُ الحرام عمارة ކުރުމާއި (މިކަންކަން ކުރާ މީހުންނާއި) ﷲ އަށާއި آخرة ދުވަހަށް إيمان ވެ އަދި އެމީހާ ﷲ ގެ މަގުގައި جهاد ކުރި މީހާއާއި އެއްފަދަހެއްޔެވެ؟ ﷲ ގެ حضرة ގައި އެދެބައިމީހުން ހަމަހަމައެއްނޫނެވެ. (ﷲ އަށާއި آخرة ދުވަހަށް އީމާންވެ ﷲ ގެ މަގުގައި جهاد ކުރި މީހުން ﷲ ގެ حضرة ގައި މާމަތިވެރިއެވެ.) އަދި އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.

Verse 20

ٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ بِأَمْوَٰلِهِمْ وَأَنفُسِهِمْ أَعْظَمُ دَرَجَةً عِندَ ٱللَّهِ ۚ وَأُو۟لَـٰٓئِكَ هُمُ ٱلْفَآئِزُونَ

Transliteration alladhīna āmanū wahājarū wajāhadū fī sabīli l-lahi bi-amwālihim wa-anfusihim aʿẓamu darajatan ʿinda l-lahi wa-ulāika humu l-fāizūna

Dhivehi އީމާންވެގެން އަދި އެމީހުން هجرة އަށްގޮސް އަދި ތިމާމެންގެ މުދަލާއި ޖާނުން ﷲ ގެ މަގުގައި جهاد ކުރި މީހުން (ދަންނައެވެ!) ﷲ ގެ حضرة ގައި އެމީހުންގެ ދަރަޖަ މާބޮޑުވެގެންވެއެވެ. އަދި އެމީހުން އެއީ ކަނޑައެޅިގެން ނަސީބުވެރިންނެވެ.

Verse 21

يُبَشِّرُهُمْ رَبُّهُم بِرَحْمَةٍ مِّنْهُ وَرِضْوَٰنٍ وَجَنَّـٰتٍ لَّهُمْ فِيهَا نَعِيمٌ مُّقِيمٌ

Transliteration yubashiruhum rabbuhum biraḥmatin min'hu wariḍ'wānin wajannātin lahum fīhā naʿīmun muqīmun

Dhivehi އެމީހުންގެ رَبُّ އެމީހުންނަށް އެކަލާނގެ حضرة ން رحمة އާއި ރުއްސެވުމާއި އަދި ސުވަރުގެތައްވާކަމުގެ އުފާވެރި خبر ދެއްވަނީއެވެ. އެތާނގައި އެމީހުންނަށް قائم ވެގެންވާ نعمة ތައްވެއެވެ.

Verse 22

خَـٰلِدِينَ فِيهَآ أَبَدًا ۚ إِنَّ ٱللَّهَ عِندَهُۥٓ أَجْرٌ عَظِيمٌ

Transliteration khālidīna fīhā abadan inna l-laha ʿindahu ajrun ʿaẓīmun

Dhivehi އެތާނގައި އެމީހުން އަބަދާ އަބަދު ދެމިތިބޭހުއްޓެވެ. ހަމަކަށަވަރުން އެމީހުންނަށް ﷲ ގެ حضرة ގައި ބޮޑުވެގެންވާ ދަރުމަވެއެވެ.

Verse 23

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوٓا۟ ءَابَآءَكُمْ وَإِخْوَٰنَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّوا۟ ٱلْكُفْرَ عَلَى ٱلْإِيمَـٰنِ ۚ وَمَن يَتَوَلَّهُم مِّنكُمْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ

Transliteration yāayyuhā alladhīna āmanū lā tattakhidhū ābāakum wa-ikh'wānakum awliyāa ini is'taḥabbū l-kuf'ra ʿalā l-īmāni waman yatawallahum minkum fa-ulāika humu l-ẓālimūna

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ ބަފައިންނާއި އަދި ކަލޭމެންގެ أخ ން إيمان ކަމުގެމައްޗަށް ކާފަރުކަމަށް ލޯބިކުރަންޏާ އެމީހުން އެއީ ސިއްރުވެރި نصر ވެރިންކަމުގައި ކަލޭމެން ނުބަލާށެވެ! އެމީހުން إختيار ކޮށްފި މީހުން ދަންނައެވެ! ކަނޑައެޅިގެން އެމީހުން އެއީ އަނިޔާވެރިންނެވެ.

Verse 24

قُلْ إِن كَانَ ءَابَآؤُكُمْ وَأَبْنَآؤُكُمْ وَإِخْوَٰنُكُمْ وَأَزْوَٰجُكُمْ وَعَشِيرَتُكُمْ وَأَمْوَٰلٌ ٱقْتَرَفْتُمُوهَا وَتِجَـٰرَةٌ تَخْشَوْنَ كَسَادَهَا وَمَسَـٰكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٍ فِى سَبِيلِهِۦ فَتَرَبَّصُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ

Transliteration qul in kāna ābāukum wa-abnāukum wa-ikh'wānukum wa-azwājukum waʿashīratukum wa-amwālun iq'taraftumūhā watijāratun takhshawna kasādahā wamasākinu tarḍawnahā aḥabba ilaykum mina l-lahi warasūlihi wajihādin fī sabīlihi fatarabbaṣū ḥattā yatiya l-lahu bi-amrihi wal-lahu lā yahdī l-qawma l-fāsiqīna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ ބަފައިންނާއި ކަލޭމެންގެ ދަރިންނާއި އަދި ކަލޭމެންގެ أخ ންނާއި އަދި ކަލޭމެންގެ އަނބީންނާއި އަދި ކަލޭމެންގެ ގާތްތިމާގެ މީހުންނާއި އަދި ކަލޭމެން އެއްކޮށް ގިނަކުރާ މުދާތަކާއި އަދި އެމުދާ ނުހިނގައިފާނެކަމަށް ބިރުވެތިވާ ވިޔަފާރިޔާ އަދި ކަލޭމެން ރުހޭ ގޯތިގެދޮރުތަކާއި (މި މިތަކެތި) ކަލޭމެންގެ ކައިރީގައި ﷲ އާއި އެކަލާނގެ رسول އާ އާއި އަދި އެކަލާނގެ މަގުގައި جهاد ކުރުމާއި މިކަންކަމަށްވުރެ ލޯބިވެތިކަން ބޮޑުވެގެންވަންޏާ ދެން ﷲ ގެ أمر ފުޅު އައުމުގެ إنتظار ގައި އެބަހީ: ﷲ ގެ عذاب އައުމުގެ إنتظار ގައި ކަލޭމެން ތިބޭށެވެ! އެކަމަކީ އެއީ ﷲ ގެ عذاب އަތުވެދާނޭ ކަމެކެވެ. އަދި فاسق ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.

Verse 25

لَقَدْ نَصَرَكُمُ ٱللَّهُ فِى مَوَاطِنَ كَثِيرَةٍ ۙ وَيَوْمَ حُنَيْنٍ ۙ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْـًٔا وَضَاقَتْ عَلَيْكُمُ ٱلْأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُم مُّدْبِرِينَ

Transliteration laqad naṣarakumu l-lahu fī mawāṭina kathīratin wayawma ḥunaynin idh aʿjabatkum kathratukum falam tugh'ni ʿankum shayan waḍāqat ʿalaykumu l-arḍu bimā raḥubat thumma wallaytum mud'birīna

Dhivehi (އޭ مؤمن ންނޭވެ!) ހަނގުރާމައިގެ އެތައް ميدان އެއްގައި ﷲ تعالى ކަލޭމެނަށް نصر ދެއްވައިފިއެވެ. އަދި حنين ހަނގުރާމައިގެ ދުވަހުގައިވެސް (އެކަލާނގެ ކަލޭމެނަށް نصر ދެއްވިއެވެ.) އެދުވަހު ކަލޭމެން ކަލޭމެންގެ عدد ގިނަކަމާއިމެދު عجائب ވީހިނދުންވެސް އެމީހުން ގިނަކަމަކުން ކަލޭމެނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ. (އެދުވަހު) ބިންގަނޑުގެ ތަނަވަސްކަމާއިއެކުވެސް އެބިންގަނޑު ކަލޭމެނަށް ދަތިވެގެންވިއެވެ. އަދި ފުރަގަސްދޭ حال ކަލޭމެން އެނބުރި (ميدان ން) ފުރަގަސްދީ ދިޔައެވެ.

Verse 26

ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَنزَلَ جُنُودًا لَّمْ تَرَوْهَا وَعَذَّبَ ٱلَّذِينَ كَفَرُوا۟ ۚ وَذَٰلِكَ جَزَآءُ ٱلْكَـٰفِرِينَ

Transliteration thumma anzala l-lahu sakīnatahu ʿalā rasūlihi waʿalā l-mu'minīna wa-anzala junūdan lam tarawhā waʿadhaba alladhīna kafarū wadhālika jazāu l-kāfirīna

Dhivehi ދެން (އެ ދެރަކަމަށްފަހު) ﷲ تعالى އެކަލާނގެ رسول އާގެމައްޗަށާއި مؤمن ތަކުންގެ މައްޗަށް އެކަލާނގެ سَكِينَة (އެބަހީ: އެކަލާނގެ އަމާންކަމާއި ހަމަޖެހުން) ބާވައިލެއްވިއެވެ. އަދި ކަލޭމެނަށް ނުފެންނަ އެހެން لشكر އެއްވެސް އެކަލާނގެ ބާވައިލެއްވިއެވެ. އެކަލާނގެ ފޮނުއްވިއެވެ. އަދި ކާފަރުވީ މީސްތަކުންނަށް އެކަލާނގެ عذاب ދެއްވިއެވެ. ކާފަރުންނަށް އެކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ. (އެއީ ކާފަރުންތައް ميدان ގައި މަރުވެ އަނެއްބަޔަކު أسِيرُ ކުރެއްވުމެވެ. އަދި މުދާތައް مؤمن ންނަށް غنيمة ވުމެވެ.)

Verse 27

ثُمَّ يَتُوبُ ٱللَّهُ مِنۢ بَعْدِ ذَٰلِكَ عَلَىٰ مَن يَشَآءُ ۗ وَٱللَّهُ غَفُورٌ رَّحِيمٌ

Transliteration thumma yatūbu l-lahu min baʿdi dhālika ʿalā man yashāu wal-lahu ghafūrun raḥīmun

Dhivehi ދެން ﷲ އެދިވޮޑިގަންނަވާ އަޅަކަށް އޭގެފަހުގައި (އެބަހީ: مؤمن ންނަށް ބިންގަނޑު ދަތިވެ ހަނގުރާމައިގެ ކަންތައް ގަދަވުމަށްފަހުގައި) ﷲ تعالى توبة ލެއްވިއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 28

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْمُشْرِكُونَ نَجَسٌ فَلَا يَقْرَبُوا۟ ٱلْمَسْجِدَ ٱلْحَرَامَ بَعْدَ عَامِهِمْ هَـٰذَا ۚ وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ ٱللَّهُ مِن فَضْلِهِۦٓ إِن شَآءَ ۚ إِنَّ ٱللَّهَ عَلِيمٌ حَكِيمٌ

Transliteration yāayyuhā alladhīna āmanū innamā l-mush'rikūna najasun falā yaqrabū l-masjida l-ḥarāma baʿda ʿāmihim hādhā wa-in khif'tum ʿaylatan fasawfa yugh'nīkumu l-lahu min faḍlihi in shāa inna l-laha ʿalīmun ḥakīmun

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން مشرك ންނަކީ (معنوى ގޮތުން) ނަޖިހެވެ. އެމީހުންގެ عمل ތައް ނަޖިހެވެ. ފަހެ އެމީހުންގެ މިއަހަރަށް ފަހު އެމީހުން مسجد الحرام އާއި ގާތްނުވާ ހުށިކަމެވެ! (އެއީ هجرة އިން ނުވަވަނަ އަހަރެވެ. އަދި مسجد الحرام އޭ އޮއްބަސްފުޅުން މުރާދުވަނީ مكّة އާއި މުޅި مكّة ގެ حرم އެވެ.) އަދި ކަލޭމެން (مؤمن ން -އެ مشرك ން مسجد الحرام އަށް ނައުމުގެ) ސަބަބުން فقير ވެދާނޭކަމަށް ބިރުވެތިވަންޏާ ފަހެ ނިކަންހުރެ ﷲ تعالى އިރާދަކުރައްވައިފިއްޔާ އެކަލާނގެ فضل ވަންތަވެރިކަމުން ކަލޭމެން މުއްސަނދި ކުރައްވައި ފުއްދުންތެރިކަން ދެއްވާހުއްޓެވެ. ހަމަކަށަވަރުން ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.

Verse 29

قَـٰتِلُوا۟ ٱلَّذِينَ لَا يُؤْمِنُونَ بِٱللَّهِ وَلَا بِٱلْيَوْمِ ٱلْـَٔاخِرِ وَلَا يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُۥ وَلَا يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ حَتَّىٰ يُعْطُوا۟ ٱلْجِزْيَةَ عَن يَدٍ وَهُمْ صَـٰغِرُونَ

Transliteration qātilū alladhīna lā yu'minūna bil-lahi walā bil-yawmi l-ākhiri walā yuḥarrimūna mā ḥarrama l-lahu warasūluhu walā yadīnūna dīna l-ḥaqi mina alladhīna ūtū l-kitāba ḥattā yuʿ'ṭū l-jiz'yata ʿan yadin wahum ṣāghirūna

Dhivehi (އޭ مؤمن ންނޭވެ!) ފޮތްދެއްވުނު މީހުންކުރެ އެބަހީ:- يهودي ންނާއި نصارى އިންކުރެ - ﷲ އަށާއި އަދި آخرة ދުވަހަށް އީމާންނުވާ އަދި ﷲ އާއި އެކަލާނގެ رسول އާ حرام ކުރެއްވި ތަކެތި حرام ނުކޮށް އަދި حقّ دين ން دين ވެރިނުވާ (އެބަހީ: حقّ ގޮތުގައި ﷲ އަށް ކިޔަމަންތެރިނުވާ މީހުން ނިކަމެތިވެގެންވާ حال އަތުންއަތަށް ކަލޭމެނަށް ޖިޒީ ދީފުމަށްދާންދެން ކަލޭމެން އެމީހުންނާ ހަނގުރާމަކުރާށެވެ!

Verse 30

وَقَالَتِ ٱلْيَهُودُ عُزَيْرٌ ٱبْنُ ٱللَّهِ وَقَالَتِ ٱلنَّصَـٰرَى ٱلْمَسِيحُ ٱبْنُ ٱللَّهِ ۖ ذَٰلِكَ قَوْلُهُم بِأَفْوَٰهِهِمْ ۖ يُضَـٰهِـُٔونَ قَوْلَ ٱلَّذِينَ كَفَرُوا۟ مِن قَبْلُ ۚ قَـٰتَلَهُمُ ٱللَّهُ ۚ أَنَّىٰ يُؤْفَكُونَ

Transliteration waqālati l-yahūdu ʿuzayrun ub'nu l-lahi waqālati l-naṣārā l-masīḥu ub'nu l-lahi dhālika qawluhum bi-afwāhihim yuḍāhiūna qawla alladhīna kafarū min qablu qātalahumu l-lahu annā yu'fakūna

Dhivehi އަދި يهودي ން ބުނެއެވެ. عُزَيْرُ އަކީ ﷲ ގެ ދަރިކަލުންނެވެ. އަދި نصارى އިން ބުނެއެވެ. المسيح يعني: عيسى (عليه السّلام) އަކީ ﷲ ގެ ދަރިކަލުންނެވެ. އެއީ ހަމަ އެމީހުންގެ އަނގަތަކުން ބުނާ (ހުސްދޮގު) ބަހެކެވެ. މީގެކުރީގެ ކާފަރުންގެ ބަހާއި މިބައިމީހުންގެ ބަހާއި ހަމަ އެއްގޮތެވެ. ﷲ تعالى އެމީހުންނަށް لعنة ލައްވާށިއެވެ! އެމީހުން ހަލާކުކުރައްވާނެތެވެ! އެމީހުން އެކަލާނގެ ރަސްކަންފުޅާއިމެދު އެހާބޮޑު ދޮގުހަދަންވާނީ ކޮންފަދައަކުންހެއްޔެވެ؟

Verse 31

ٱتَّخَذُوٓا۟ أَحْبَارَهُمْ وَرُهْبَـٰنَهُمْ أَرْبَابًا مِّن دُونِ ٱللَّهِ وَٱلْمَسِيحَ ٱبْنَ مَرْيَمَ وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوٓا۟ إِلَـٰهًا وَٰحِدًا ۖ لَّآ إِلَـٰهَ إِلَّا هُوَ ۚ سُبْحَـٰنَهُۥ عَمَّا يُشْرِكُونَ

Transliteration ittakhadhū aḥbārahum waruh'bānahum arbāban min dūni l-lahi wal-masīḥa ib'na maryama wamā umirū illā liyaʿbudū ilāhan wāḥidan lā ilāha illā huwa sub'ḥānahu ʿammā yush'rikūna

Dhivehi އެމީހުންނަކީ އެމީހުންގެ علم ވެރިންނާއި رَاهِبُ ން يعني: އަޅުވެރިން އެއީ ﷲ ފިޔަވައި ربّ ންތަކެއްކަމުގައި ހެދި ބައެކެވެ. އަދި مريم ގެފާނުންގެ ދަރިކަލުން المسيح ވެސް ربّ އަކުކަމުގައި ހެދިއެވެ. އަދި (އެހެނެއްކަމަކު) ހަމައެއްކައުވަންތަ އެންމެ إله އަކަށްމެނުވީ އަޅުކަން ނުކުޅައުމަށް އެމީހުންނަށްވާނީ أمر ވެވިފައެވެ. އެކަލާނގެ ނޫން އެހެން އެއްވެސް إله އަކު ނުވެއެވެ. އެއީ ﷲ އެވެ. އެމީހުން އެ شرك ކުރާތަކެތިން އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ.

Verse 32

يُرِيدُونَ أَن يُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَيَأْبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوْ كَرِهَ ٱلْكَـٰفِرُونَ

Transliteration yurīdūna an yuṭ'fiū nūra l-lahi bi-afwāhihim wayabā l-lahu illā an yutimma nūrahu walaw kariha l-kāfirūna

Dhivehi އެމީހުން އެދެނީ - (އެމީހުން قصد ކުރަނީ) އެމީހުންގެ އަނގަތަކުން ފުމެގެން ﷲ ގެ نُور ނިވައިލަންކަމަށެވެ. (އެމީހުންގެ އަނގަތަކުން ދޮގުތައް ހަދައިގެން އޮޅުވައިގެން إسلام دين އަށް މީސްތަކުން ވަނަނުދީ އެދީނަކީ باطل އެއްޗެއްކަމުގައި ހެދުމަށެވެ.) އެކަމަކު ކާފަރުން ނުރުހި ތިއްބަސް އެކަލާނގެ دين ފުރިހަމަކުރެއްވުމަށް މެނުވީ ﷲ މަނާވެވޮޑިގަންނަވައެވެ. (އެބަހީ: ކޮންމެގޮތަކުންވެސް އެކަލާނގެ އެކަލާނގެ دين ފުރިހަމަކުރައްވާނެއެވެ.)

Verse 33

هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ

Transliteration huwa alladhī arsala rasūlahu bil-hudā wadīni l-ḥaqi liyuẓ'hirahu ʿalā l-dīni kullihi walaw kariha l-mush'rikūna

Dhivehi އެކަލާނގެއީ ތެދުމަގާއި حقّ دين އާއިގެން އެކަލާނގެ رسول އާ ފޮނުއްވި ކަލާނގެއެވެ. އެއީ އެހެންހުރިހާ دين ތަކެއްގެ މައްޗަށް އެ دين ފައުޅުކުރައްވާ ގަދަކުރެއްވުމަށެވެ. مشرك ން ނުރުހި ތިބިނަމަވެސްމެއެވެ.

Verse 34

۞ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَـٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ

Transliteration yāayyuhā alladhīna āmanū inna kathīran mina l-aḥbāri wal-ruh'bāni layakulūna amwāla l-nāsi bil-bāṭili wayaṣuddūna ʿan sabīli l-lahi wa-alladhīna yaknizūna l-dhahaba wal-fiḍata walā yunfiqūnahā fī sabīli l-lahi fabashir'hum biʿadhābin alīmin

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން حَبْرُ ންގެ ތެރެއިން ގިނަމީހުންނާއި رَاهِبُ ންގެ ތެރެއިން ގިނަމީހުން باطل ގޮތުގައި މީސްތަކުންގެ މުދާ ކަނީއެވެ. (އެއީ رِشْوَة ގެ ގޮތުންނާއި އަދި دُنْيَوِى ކުޑަ ފައިދާއަކަށް ﷲ ގެ وحي ބަދަލުކޮށްގެންނެވެ. - حَبْرُ ންނަކީ يهودي ން ގެ ދަންނަބޭކަލުންނެވެ. عالم ންނެވެ. رَاهِبُ ންނަކީ نصارى އިންގެ އަޅުވެރިންނެވެ. މިއީ عامّ ކޮށްކިޔާ ގޮތެވެ.) އަދި އެމީހުން ﷲ ގެ މަގު ބަންދުކުރަނީއެވެ. (إسلام دين އަށް މީހުން ވަނަނުދީ ހިފަހައްޓަނީއެވެ. އެކިގޮތްގޮތުންނެވެ.) އަދި ރަނާއި ރިހި އެއްކޮށް كَنْزُ ކޮށް خَزَانَة ކޮށް އެއިން ﷲ ގެމަގުގައި ހޭދަނުކުރާމީހުން (މުދަލުން ދޭންޖެހޭ حقّ زكاة ނުދޭމީހުން) އެމީހުންނަށް ވޭންދެނިވި عذاب އެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ!

Verse 35

يَوْمَ يُحْمَىٰ عَلَيْهَا فِى نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ ۖ هَـٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا۟ مَا كُنتُمْ تَكْنِزُونَ

Transliteration yawma yuḥ'mā ʿalayhā fī nāri jahannama fatuk'wā bihā jibāhuhum wajunūbuhum waẓuhūruhum hādhā mā kanaztum li-anfusikum fadhūqū mā kuntum taknizūna

Dhivehi އެރަނާއި ރިއްސައް ނަރަކައިގެ އަލިފާނުން ހޫނުކުރެވޭ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ! އެއީ قيامة ދުވަހެވެ.) ފަހެ އެތަކެތީން އެމީހުންގެ ނިތްކުރިތަކާއި އަރިކަށިތަކާއި އަދި އެމީހުންގެ ބުރަކަށިތަކުގައި އެހޫނު އެތިން ކޭއްތި އިސްތިރިކުރެވޭނެއެވެ. (އެތަންތަން އެންދޭނެއެވެ.) އަދި އެމީހުންނަށް އެންގޭނެއެވެ. މިތަކެއްޗަކީ ކަލޭމެން ކަލޭމެންގެ نفس ތަކަށްޓަކައި جمع ކޮށް خزانة ކުރި ތަކެއްޗެވެ. ފަހެ ކަލޭމެން جمع ކޮށް خزانة ކުރިތަކެތީގެ ރަހަ ކަލޭމެން ލިބިގަންނާށެވެ!

Verse 36

إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَـٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ وَقَـٰتِلُوا۟ ٱلْمُشْرِكِينَ كَآفَّةً كَمَا يُقَـٰتِلُونَكُمْ كَآفَّةً ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ

Transliteration inna ʿiddata l-shuhūri ʿinda l-lahi ith'nā ʿashara shahran fī kitābi l-lahi yawma khalaqa l-samāwāti wal-arḍa min'hā arbaʿatun ḥurumun dhālika l-dīnu l-qayimu falā taẓlimū fīhinna anfusakum waqātilū l-mush'rikīna kāffatan kamā yuqātilūnakum kāffatan wa-iʿ'lamū anna l-laha maʿa l-mutaqīna

Dhivehi ހަމަކަށަވަރުން ﷲ ގެ حضرة ގައި މައްސަރުތަކުގެ عدد އަކީ ބާރައެވެ. ބާރަމަހެވެ. އެއީ ﷲ ގެ ފޮތުގައިވާ ގޮތެވެ. (ވާނޭ ހުރިހާކަމެއް އެކަލާނގެ ލިއުއްވާފައިވާ ފޮތުގައިވާގޮތެވެ.) އުޑުތަކާއި ބިން ހެއްދެވިދުވަހުން ފެށިގެން އެކަލާނގެ ކަނޑައަޅުއްވާފައިވާގޮތެވެ. އޭގެތެރެއިން ހަތަރުމައްސަރެއް حرمة ތެރި ކުރައްވާފައިވެއެވެ. (އެހަތަރުމަހަކީ - حديث ން ބަޔާންވެގެންވާ ފަދައިން ذوالقعدة - ذوالحجَة - مُحَرَّم އަދި رَجَب މިހަތަރުމަހެވެ.) ސީދާވެގެންވާ ގޮތަކީ އެއީއެވެ. ފަހެ އެ (حرمة ތެރި) މައްސަރުތަކުގައި ކަލޭމެން ކަލޭމެންގެ نفس ތަކަށް އަނިޔާވެރިނުވާށެވެ! (އެހެން މައްސަރުތަކުގައިވެސް އަނިޔާ ކުރުން ހުއްދައީއެއްނޫނެވެ. ނަމަވެސް އޭގެ މުރާދަކީ އެމައްސަރުތަކުގައި އަނިޔާކުރުމުގެ ފާފަ ވަކިން ބޮޑުވެގެންވުމެވެ. ހަނގުރާމަކުރުންވެސް މުޅިން މަނަލެވެ. (އެހެންމައްސަރުތަކުގައި ހަނގުރާމަކުރުން މަނަލެއްނޫނެވެ.) އަދި مشرك ން އެންމެންވެގެން ކަލޭމެން (مؤمن ންނާއި) ހަނގުރާމަކުރާފަދައިން ކަލޭމެން مؤمن ން އެންމެން އެކުވެގެން مشرك ންނާއި ހަނގުރާމަ ކުރާށެވެ! އަދިކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ تقوى ވެރިންނާއިއެކުގައެވެ. (އެބަހީ އެކަލާނގެ އެހީވެވޮޑިގަތުންخَاصَّ ވެގެންވާ ވާހަކައެވެ.)

Verse 37

إِنَّمَا ٱلنَّسِىٓءُ زِيَادَةٌ فِى ٱلْكُفْرِ ۖ يُضَلُّ بِهِ ٱلَّذِينَ كَفَرُوا۟ يُحِلُّونَهُۥ عَامًا وَيُحَرِّمُونَهُۥ عَامًا لِّيُوَاطِـُٔوا۟ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّوا۟ مَا حَرَّمَ ٱللَّهُ ۚ زُيِّنَ لَهُمْ سُوٓءُ أَعْمَـٰلِهِمْ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ

Transliteration innamā l-nasīu ziyādatun fī l-kuf'ri yuḍallu bihi alladhīna kafarū yuḥillūnahu ʿāman wayuḥarrimūnahu ʿāman liyuwāṭiū ʿiddata mā ḥarrama l-lahu fayuḥillū mā ḥarrama l-lahu zuyyina lahum sūu aʿmālihim wal-lahu lā yahdī l-qawma l-kāfirīna

Dhivehi ހަމަކަށަވަރުން މައްސަރުތަކުގެ ދުވަސްތަކުގެ عدد އިތުރުކޮށް ނުވަތަ އުނިކޮށް ހެދުމަކީ އެމީހުންގެ ކާފަރުކަމަށް ކާފަރުކަން އިތުރުކުރުމެކެވެ. އެހެން ހެދުމުގެ ސަބަބުން ކާފަރުން މަގުފުރެދެއެވެ. އެމީހުން އެބަހީ ކާފަރުން އެއްއަހަރު حلال ކުރެއެވެ. (އެއްއަހަރު حرمة ތެރި މަސް حلال މަހެއްކަމުގައި ހަދައެވެ. އެއީ ހަނގުރާމަ ކުރުމަށެވެ. އަދި އެމައްސަރުގެ ބަދަލުގައި އެހެންމަހެއް حرمة ތެރި މަހެއްކަމުގައި ހަދައެވެ.) އަދި އަނެއްއަހަރު އެމީހުން حرام މަހެއްކަމުގައި ހަދައެވެ. قواعد ން ހަމަ حرمة ތެރި މަހެއްކަމުގައި ހަދައި ހަނގުރާމަ ނުކޮށް ތިބެއެވެ. އެހެން އެހަދަނީ އެބަހީ މަސް ބަދަލުކޮށް ހަދަނީ ﷲ حرمة ތެރިކުރެއްވި މައްސަރުތަކާއި عدد ގެގޮތުން އެއްގޮތްކުރުމަށެވެ. ދެންފަހެ އެމީހުން ﷲ حرام ކުރެއްވި މައްސަރު حلال ކުރެއެވެ. (އަދި އެކަލާނގެ حلال ކުރެއްވި މައްސަރު حرام ކުރެއެވެ.) (މިއާޔަތުގެ ތަރުޖަމާގައި އިޚްތިލާފު ހުރިވާހަކަ ދަންނަވަމެވެ.) އެމީހުންނަށް އެމީހުން އެކުރާ عمل ތައް ޒީނަތްތެރިކުރެވެވުނެވެ. އެބަހީ شيطان އާ އެމީހުންނަށް އެކަން ޒީނަތްތެރިކޮށްދިނެވެ. އަދި ކާފަރުވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.

Verse 38

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَا لَكُمْ إِذَا قِيلَ لَكُمُ ٱنفِرُوا۟ فِى سَبِيلِ ٱللَّهِ ٱثَّاقَلْتُمْ إِلَى ٱلْأَرْضِ ۚ أَرَضِيتُم بِٱلْحَيَوٰةِ ٱلدُّنْيَا مِنَ ٱلْـَٔاخِرَةِ ۚ فَمَا مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا فِى ٱلْـَٔاخِرَةِ إِلَّا قَلِيلٌ

Transliteration yāayyuhā alladhīna āmanū mā lakum idhā qīla lakumu infirū fī sabīli l-lahi ithāqaltum ilā l-arḍi araḍītum bil-ḥayati l-dun'yā mina l-ākhirati famā matāʿu l-ḥayati l-dun'yā fī l-ākhirati illā qalīlun

Dhivehi އޭ إيمان ވެގެންވާ މީހުންނޭވެ. ﷲ ގެ މަގުގައި ހަނގުރާމަޔަށް ނުކުންނާށޭ ކަލޭމެނަށް ބުނެވިއްޖެއްޔާ ބިމަށް ބަރުހެލިވެފައި ނުނުކުންނަން ތިބެވެނީ ކަލޭމެނަށް ކީއްވެގެންހެއްޔެވެ؟ ކޮންސަބަބަކާ ހެދިހެއްޔެވެ؟ آخرة ގެ ރަނގަޅު ދިރިއުޅުމަށްވުރެ ދުނިޔޭގެ މިދިރިއުޅުމަށް ކަލޭމެން ރުހުނީހެއްޔެވެ؟ ފަހެ آخرة ގެ حياة ގެ نِسْبَةُ ގައި ދުނިޔޭގެ މި حياة އަކީ ދާދި ކުޑަކުޑަ އަރާމުކޮޅަކާ މަޖާކޮޅެއްކަމުގައި މެނުވީ ނުވެއެވެ.

Verse 39

إِلَّا تَنفِرُوا۟ يُعَذِّبْكُمْ عَذَابًا أَلِيمًا وَيَسْتَبْدِلْ قَوْمًا غَيْرَكُمْ وَلَا تَضُرُّوهُ شَيْـًٔا ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration illā tanfirū yuʿadhib'kum ʿadhāban alīman wayastabdil qawman ghayrakum walā taḍurrūhu shayan wal-lahu ʿalā kulli shayin qadīrun

Dhivehi ކަލޭމެން ހަނގުރާމަޔަށް ނުނުކުތީވިއްޔާ އެކަލާނގެ ކަލޭމެނަށް ވޭންދެނިވި عذاب އެއް ދެއްވައިފާނެއެވެ. އަދި ކަލޭމެން ނޫން އެހެން ބަޔެއް އެކަލާނގެ ގެންނަވައި އެކަލާނގެ ކަލޭމެން ބަދަލުކުރައްވައިފާނެއެވެ. އަދި އެކަމަކު އެކަލާނގެއަށް އެއްވެސް އުނދަގުލެއް ގެއްލުމެއް ކަލޭމެނަކަށް ނުދެވޭނެއެވެ. އަދި ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ.

Verse 40

إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَـٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ

Transliteration illā tanṣurūhu faqad naṣarahu l-lahu idh akhrajahu alladhīna kafarū thāniya ith'nayni idh humā fī l-ghāri idh yaqūlu liṣāḥibihi lā taḥzan inna l-laha maʿanā fa-anzala l-lahu sakīnatahu ʿalayhi wa-ayyadahu bijunūdin lam tarawhā wajaʿala kalimata alladhīna kafarū l-suf'lā wakalimatu l-lahi hiya l-ʿul'yā wal-lahu ʿazīzun ḥakīmun

Dhivehi ކަލޭމެން އެކަލޭގެފާނަށް - އެބަހީ: رسول ﷲ ﷺ އަށް نصر ނުދިނަސް (ﷲ އެކަލޭގެފާނަށް نصر ދެއްވާހުއްޓެވެ.) ހަމަކަށަވަރުން ކާފަރުންގެ މީހުން އެކަލޭގެފާނު مكّة އިން ނެރެލެއްވިހިނދުވެސް ﷲ އެކަލޭގެފާނަށް نصر ދެއްވިއެވެ. އެއީ ދެމީހުންކުރެ ދެވަނަ މީހާކަމުގައި ނުވަތަ އެކަކު ކަމުގައި އެކަލޭގެފާނުންވީހިނދުގައެވެ. އަދި އެދެބޭކަލުން ހޮހޮޅުގައިވީހިނދު އެކަލޭގެފާނު އެކަލޭގެފާނުންގެ އެކުވެރިޔާ (أبوبكر الصّدّيق رضى ﷲ عنه) އަށް ވިދާޅުވިއެވެ. ކަލޭގެފާނުން ހިތާމަފުޅު ނުކުރައްވާށެވެ! ހަމަކަށަވަރުން ﷲ އަހުރެމެންނާއިއެކު ވޮޑިގެންވެއެވެ. ދެންފަހެ އެކަލޭގެފާނުންގެ މައްޗަށް ﷲ އެކަލާނގެ އަމާންކަމާއި نصر އަދި ހަމަޖެހުން ބާވައިލެއްވިއެވެ. އަދި ކަލޭމެންނަށް ނުފެންނަ لشكر އެއް ފޮނުއްވައިގެން އެކަލާނގެ އެކަލޭގެފާނަށް ގަދަކަންދެއްވިއެވެ. އަދި ކާފަރުންގެ كلمة - އެބަހީ: شرك ގެ كلمة ދަށް އެއްޗެއްކަމުގައި އެކަލާނގެ ލެއްވިއެވެ. އަދި ﷲ ގެ كلمة ފުޅު - އެބަހީ: توحيد އާއި إسلام دين ގެ كلمة ފުޅު - އެއީ ކަނޑައެޅިގެން މަތީ كلمة ކަމުގައި އެކަލާނގެ ލެއްވިއެވެ. އަދި ﷲ އީ ގަދަފަދަވަންތަ حكمة ވަންތަ ކަލާނގެއެވެ.

Verse 41

ٱنفِرُوا۟ خِفَافًا وَثِقَالًا وَجَـٰهِدُوا۟ بِأَمْوَٰلِكُمْ وَأَنفُسِكُمْ فِى سَبِيلِ ٱللَّهِ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

Transliteration infirū khifāfan wathiqālan wajāhidū bi-amwālikum wa-anfusikum fī sabīli l-lahi dhālikum khayrun lakum in kuntum taʿlamūna

Dhivehi (އޭ مؤمن ންނޭވެ!) ލުއިކަމާއި އަދި ބުރަކަމާއިއެކު (އެބަހީ: ހީވާގިކަމާއި، ކަންނެތްކަމާއިއެކުވެސް، އަދި فقير ކަމާއި މުއްސަނދިކަމާއިއެކުވެސް، އަދި ޒުވާންކަމާއި މުސްކުޅިކަމާއިއެކުވެސް - ސަވާރުވެގެންނާއި އަދި ފައިމަގުގައިވެސް، - އަދި ކޮންމެ حال އެއްގައިވެސް) ކަލޭމެން ހަނގުރާމައަށް ދާށެވެ! އަދި ކަލޭމެންގެ މުދަލާއި ޖާނުން ﷲ ގެ މަގުގައި ކަލޭމެން جهاد ކުރާށެވެ! ހަނގުރާމަކުރާށެވެ! ކަލޭމެންނަށް (جهاد ގެ މާތްކަން) އެނގޭނަމަ ކަލޭމެނަށް ހެޔޮވެގެންވަނީ އެގޮތެވެ.

Verse 42

لَوْ كَانَ عَرَضًا قَرِيبًا وَسَفَرًا قَاصِدًا لَّٱتَّبَعُوكَ وَلَـٰكِنۢ بَعُدَتْ عَلَيْهِمُ ٱلشُّقَّةُ ۚ وَسَيَحْلِفُونَ بِٱللَّهِ لَوِ ٱسْتَطَعْنَا لَخَرَجْنَا مَعَكُمْ يُهْلِكُونَ أَنفُسَهُمْ وَٱللَّهُ يَعْلَمُ إِنَّهُمْ لَكَـٰذِبُونَ

Transliteration law kāna ʿaraḍan qarīban wasafaran qāṣidan la-ittabaʿūka walākin baʿudat ʿalayhimu l-shuqatu wasayaḥlifūna bil-lahi lawi is'taṭaʿnā lakharajnā maʿakum yuh'likūna anfusahum wal-lahu yaʿlamu innahum lakādhibūna

Dhivehi ހަނގުރާމައަށް ދާންޖެހުނުތަން އެއީ ގާތްތަނެއްކަމުގައިވެފައި غنيمة މުދާ ގާތުން ލިބިފައި އަދި ދަތުރަކީ މެދުމިނުގެ ފަސޭހަ ދަތުރެއްކަމުގައި ވީނަމަ (ހަނގުރާމައަށް ނުގޮސް ތިބުމަށް ކަލޭގެފާނުންގެ ކިބައިން އިޒުނައެދި ނުގޮސް ތިބި މީހުންވެސް) ހަނގުރާމައަށް ދިޔައީހެވެ. އަދި އެހެނެއްކަމަކު އެމީހުންގެ މައްޗަށް އެދަތުރު ދިގުވެ އުނދަގޫކަމަކަށްވީއެވެ. (އެއީ تَبُوْكُ ހަނގުރާމައެވެ. ހޫނު މޫސުމެވެ. ދުރުހިސާބެކެވެ.) އަދި އެމީހުން ﷲ ގަންދީ ހުވައިކޮށްފައި ބުނާނެއެވެ. އަހުރެމެންނަށް ކުޅަދާނަވީނަމަ ހަމަކަށަވަރުން އަހުރެމެން ކަލޭމެނާއެކު ހަނގުރާމައަށް ނުކުތީމުހެވެ. (ފަހެ އެމީހުން ﷲ ގަންދީ ދޮގުހުވައިކުރުމުގެ ސަބަބުން) އެމީހުން އެމީހުންގެ نفس ތައް ހަލާކުކުރަނީއެވެ. ހަމަކަށަވަރުން އެމީހުން އެއީ ދޮގުވެރިންކަން ކަނޑައެޅިގެން ﷲ ދެނެވޮޑިގެންވެއެވެ.

Verse 43

عَفَا ٱللَّهُ عَنكَ لِمَ أَذِنتَ لَهُمْ حَتَّىٰ يَتَبَيَّنَ لَكَ ٱلَّذِينَ صَدَقُوا۟ وَتَعْلَمَ ٱلْكَـٰذِبِينَ

Transliteration ʿafā l-lahu ʿanka lima adhinta lahum ḥattā yatabayyana laka alladhīna ṣadaqū wataʿlama l-kādhibīna

Dhivehi (އޭ رسول ﷲ އެވެ!) ﷲ ކަލޭގެފާނަށް عفوء ކުރައްވައިފިއެވެ. ކަލޭގެފާނު އެމީހުނަށް (ހަނގުރާމައަށް ނުގޮސް ތިބުމަށް) އިޒުނަދެއްވީ ކީއްވެގެންތޯއެވެ؟ އެމީހުންގެތެރެއިން ތެދުވެރިންނާއި އަދި ދޮގުވެރިން ރަނގަޅަށް بيان ވެ ކަލޭގެފާނަށް އެނގިވަޑައިގެންފުމަށް ދާންދެންނެވެ.

Verse 44

لَا يَسْتَـْٔذِنُكَ ٱلَّذِينَ يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ أَن يُجَـٰهِدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۗ وَٱللَّهُ عَلِيمٌۢ بِٱلْمُتَّقِينَ

Transliteration lā yastadhinuka alladhīna yu'minūna bil-lahi wal-yawmi l-ākhiri an yujāhidū bi-amwālihim wa-anfusihim wal-lahu ʿalīmun bil-mutaqīna

Dhivehi ﷲ އަށާއި آخرة ދުވަހަށް އީމާންވާމީހުން އެމީހުންގެ މުދަލާއި އެމީހުންގެ ޖާނުން جهاد ކުރުމަށް ނުދާކަށް ކަލޭގެފާނުންގެ ކިބައިން އިޒުނައަކަށް ނޭދޭނެއެވެ. އަދި تقوى ވެރިން ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.

Verse 45

إِنَّمَا يَسْتَـْٔذِنُكَ ٱلَّذِينَ لَا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱرْتَابَتْ قُلُوبُهُمْ فَهُمْ فِى رَيْبِهِمْ يَتَرَدَّدُونَ

Transliteration innamā yastadhinuka alladhīna lā yu'minūna bil-lahi wal-yawmi l-ākhiri wa-ir'tābat qulūbuhum fahum fī raybihim yataraddadūna

Dhivehi (ހަނގުރާމައަށް ނުގޮސްތިބުމަށް) ކަލޭގެފާނުންގެ ކިބައިން އިޒުނައެދޭކަން ކަށަވަރީ ﷲ އަށާއި آخرة ދުވަހަށް އީމާން ނުވާމީހުންނެވެ. އަދި (ﷲ ގެ އެއްކައުވަންތަކަމާއިމެދު) އެމީހުންގެ ހިތްތައް ޝައްކުގައިވާމީހުންނެވެ. ފަހެ އެމީހުން އެމީހުންގެ އެޝައްކުގައި ދެފުށު އެޅިއެޅިތިބެއެވެ. (އަނދިރިވެގެންވެއެވެ.)

Verse 46

۞ وَلَوْ أَرَادُوا۟ ٱلْخُرُوجَ لَأَعَدُّوا۟ لَهُۥ عُدَّةً وَلَـٰكِن كَرِهَ ٱللَّهُ ٱنۢبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ ٱقْعُدُوا۟ مَعَ ٱلْقَـٰعِدِينَ

Transliteration walaw arādū l-khurūja la-aʿaddū lahu ʿuddatan walākin kariha l-lahu inbiʿāthahum fathabbaṭahum waqīla uq'ʿudū maʿa l-qāʿidīna

Dhivehi އަދި އެމީހުން (ހަނގުރާމައަށް ދިއުމަށް) ގަސްދުކުރިނަމަ (މާކުރިން) އެމީހުން އެކަމުގެ ތައްޔާރީތައް ކުރީހެވެ. އަދި އެހެނެއްކަމަކު ﷲ تعالى އެމީހުން ހަނގުރާމައަށް ފޮނުވުމަށް ރުހިވޮޑި ނުގެންނެވީއެވެ. ދެން އެހެންވެ އެމީހުން ބަރުހެލިވެ ބުރަވީއެވެ. އަދި (ގޭގައި ތިބޭ ބަލިމީހުންނާއި އަންހެނުންނާއި ކުޑަކުދިންނާއިއެކު) ކަލޭމެންވެސް ގޭގައި އިށީނދެތިބޭށޭ އެމީހުންނަށް އެންގެވުނެވެ.

Verse 47

لَوْ خَرَجُوا۟ فِيكُم مَّا زَادُوكُمْ إِلَّا خَبَالًا وَلَأَوْضَعُوا۟ خِلَـٰلَكُمْ يَبْغُونَكُمُ ٱلْفِتْنَةَ وَفِيكُمْ سَمَّـٰعُونَ لَهُمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ

Transliteration law kharajū fīkum mā zādūkum illā khabālan wala-awḍaʿū khilālakum yabghūnakumu l-fit'nata wafīkum sammāʿūna lahum wal-lahu ʿalīmun bil-ẓālimīna

Dhivehi (އޭ مؤمن ންނޭވެ!) އެ منافق ން ކަލޭމެންނާއެކު ހަނގުރާމައަށް ނުކުތްނަމަވެސް ކަލޭމެނަށް ފަސާދަވެރިކަމާއި ގެއްލުންމެނުވީ އެމީހުން އިތުރުނުކުރާނެއެވެ. އަދި ކަލޭމެންގެ ދެދޭތެރެތަކަށް އަވަސްއަވަހަށް ވަދެ ފަސާދަކުރާނެއެވެ. އަދި ކަލޭމެނަށްޓަކައި އެމީހުން އެދޭނީ ހަމަ فتنة އެވެ. ނުބައި ގޮތްތަކެވެ. އަދި ކަލޭމެންގެތެރޭގައި އެމީހުންގެ (ދޮގުވާހަކަތައް) އަހާމީހުން ވެއެވެ. އަދި ﷲ تعالى އަނިޔާވެރިން ދެނެވޮޑިގެންވެއެވެ.

Verse 48

لَقَدِ ٱبْتَغَوُا۟ ٱلْفِتْنَةَ مِن قَبْلُ وَقَلَّبُوا۟ لَكَ ٱلْأُمُورَ حَتَّىٰ جَآءَ ٱلْحَقُّ وَظَهَرَ أَمْرُ ٱللَّهِ وَهُمْ كَـٰرِهُونَ

Transliteration laqadi ib'taghawū l-fit'nata min qablu waqallabū laka l-umūra ḥattā jāa l-ḥaqu waẓahara amru l-lahi wahum kārihūna

Dhivehi އަދި މީގެ ކުރިންވެސް އެމީހުން فتنة އަށް އެދުނެވެ. (އެއީ أُحْد ހަނގުރާމައިގެ ދުވަހު ކަލޭގެފާނު ދޫކޮށް އެނބުރިދިއުންފަދަ ކަންކަމެވެ.) އަދި ކަލޭގެފާނުންގެ ކަންތައް يعني: إسلام دين ގެ ކަންތައް އެކޮޅުކޮޅުންޖަހައި باطل ކޮށްލެވޭތޯ އެމީހުން އެދުނެވެ. މަސައްކަތްކުރިއެވެ. އެއީ ﷲ ގެ نصر އައިސް ﷲ ގެ أمر ފުޅު އެބަހީ: ﷲ ގެ دين ފައުޅުވެއްޖައުމަށްދާންދެންނެވެ. އެމުނާފިޤުންގެ މީހުން ނުރުހިތިބި حال ގައެވެ.

Verse 49

وَمِنْهُم مَّن يَقُولُ ٱئْذَن لِّى وَلَا تَفْتِنِّىٓ ۚ أَلَا فِى ٱلْفِتْنَةِ سَقَطُوا۟ ۗ وَإِنَّ جَهَنَّمَ لَمُحِيطَةٌۢ بِٱلْكَـٰفِرِينَ

Transliteration wamin'hum man yaqūlu i'dhan lī walā taftinnī alā fī l-fit'nati saqaṭū wa-inna jahannama lamuḥīṭatun bil-kāfirīna

Dhivehi އަދި އެ منافق ން ތެރޭގައި މިހެން ބުނާމީހުން ވެއެވެ. ކަލޭގެފާނުން އަހުރެންނަށް (ހަނގުރާމައަށް ނުގޮސް ހުރުމުގެ) އިޒުނަދެއްވާށެވެ! އަދި އަހުރެން فتنة ވެރި ނުކުރުވާށެވެ. (މިހެން ބުނީ جدّ بن قيس ކިޔާމީހަކު ކަމުގައިވިއެވެ. އަދި އޭނާ ބުންނެވެ. بَنِي الأصْفَر ގެ يعني: رومى ންގެ ދޮން އަންހެނުން ދުށުމުން إمتحان ނުކުރައްވާށެވެ!) ދަންނާށެވެ! އެމީހުން އެވެއްޓުނީ ހަމަ فتنة އަށެވެ. އަދި ހަމަކަށަވަރުން ކާފަރުންގެ ވަށައިގެން ނަރަކަ ވާކަން ކަށަވަރެވެ.

Verse 50

إِن تُصِبْكَ حَسَنَةٌ تَسُؤْهُمْ ۖ وَإِن تُصِبْكَ مُصِيبَةٌ يَقُولُوا۟ قَدْ أَخَذْنَآ أَمْرَنَا مِن قَبْلُ وَيَتَوَلَّوا۟ وَّهُمْ فَرِحُونَ

Transliteration in tuṣib'ka ḥasanatun tasu'hum wa-in tuṣib'ka muṣībatun yaqūlū qad akhadhnā amranā min qablu wayatawallaw wahum fariḥūna

Dhivehi (އޭ رسول ﷲ އެވެ!) ތަނެއް فتح ވުންފަދަ - غنيمة އެއް حاصل ވުންފަދަ ކަލޭގެފާނަށް ހެވެއް އަދި އުފާވާކަމެއް ދިމާވެއްޖެއްޔާ އެ منافق ންގެ މީހުން ނުބައިވެ ދެރަވާނެއެވެ. އަދި زَخم ވުންފަދަ - قتل ވުންފަދަ ދެރަކަމެއް مصيبة އެއް ކަލޭގެފާނަށް ދިމާވެއްޖެއްޔާ އެމީހުން ބުނާނެއެވެ. އަހުރެމެން މިތިބީ އަހުރެމެންގެ ކަންތަކުގައި ރައްކާތެރި ސަލާމަތްގޮތް ހިފައިގެންނެވެ. (އެބަހީ: ހަނގުރާމަޔަށް ނުގޮސް ސަލާމަތްގޮތުގައި މި مصيبة ޖެހުމުގެ ކުރިންވެސް ހިފައިގެންނެވެ. އަދި އެމީހުން އުފާކުރާ حال ފުރަގަސްދީ އެނބުރި ދެއެވެ.

Verse 51

قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

Transliteration qul lan yuṣībanā illā mā kataba l-lahu lanā huwa mawlānā waʿalā l-lahi falyatawakkali l-mu'minūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަހުރެމެނަށް ކަނޑައަޅުއްވާ ލިއުއްވާފައިވާ ކަމެއް މެނުވީ އަހުރެމެންނަށް ނުޖެހޭނެއެވެ. އެކަލާނގެއީ އަހުރެމެންގެ ސަހަރޯވެރި نصر ވެރި ސާހިބާއެވެ. އަދި مؤمن ން ކަނޑައެޅިގެން ﷲ އަށް وكيل ކުރާ ހުށިކަމެވެ. އިތުބާރުކުރާ ހުށިކަމެވެ!

Verse 52

قُلْ هَلْ تَرَبَّصُونَ بِنَآ إِلَّآ إِحْدَى ٱلْحُسْنَيَيْنِ ۖ وَنَحْنُ نَتَرَبَّصُ بِكُمْ أَن يُصِيبَكُمُ ٱللَّهُ بِعَذَابٍ مِّنْ عِندِهِۦٓ أَوْ بِأَيْدِينَا ۖ فَتَرَبَّصُوٓا۟ إِنَّا مَعَكُم مُّتَرَبِّصُونَ

Transliteration qul hal tarabbaṣūna binā illā iḥ'dā l-ḥus'nayayni wanaḥnu natarabbaṣu bikum an yuṣībakumu l-lahu biʿadhābin min ʿindihi aw bi-aydīnā fatarabbaṣū innā maʿakum mutarabbiṣūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު (އެ منافق ންނަށް) ވިދާޅުވާށެވެ! ދެހެވުންކުރެ އެއް ހެވަށް މެނުވީ ކަލޭމެން އަހުރެމެންނާމެދު އެބަ إنتظار ކުރޭހެއްޔެވެ؟ (އެއް ހެވަކީ عدوّ ންގެ އަތުން غنيمة މުދާލިބި فتح ވުންފަދަ ކަންކަމެވެ. - އަނެއް ހެވަކީ ހަނގުރާމައިގައި قتل ވެ شهيد ވެގެން ދިއުމެވެ. އޭގެ ނަތީޖާއަކީ ކަނޑައެޅިގެން ސުވަރުގެއެވެ.) އަދި އަހުރެމެން ކަލޭމެންނާމެދު މި إنتظار ކުރަނީ ﷲ تعالى ސީދާ އެކަލާނގެ حضرة ން ކަލޭމެނަށް عذاب އެއް ދެއްވުމަށެވެ. ނުވަތަ އަހުރެމެންގެ އަތްތަކުން ކަލޭމެނަށް عذاب އެއް ދެއްވުމަށެވެ. ފަހެ ކަލޭމެން ކަލޭމެން އެދޭ ކަންތަކަށް إنتظار ކުރާށެވެ! އަހުރެމެންވެސް ކަލޭމެންނާއެކު إنتظار ކުރާނަމެވެ.

Verse 53

قُلْ أَنفِقُوا۟ طَوْعًا أَوْ كَرْهًا لَّن يُتَقَبَّلَ مِنكُمْ ۖ إِنَّكُمْ كُنتُمْ قَوْمًا فَـٰسِقِينَ

Transliteration qul anfiqū ṭawʿan aw karhan lan yutaqabbala minkum innakum kuntum qawman fāsiqīna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކިޔަމަންތެރިކަމާއިއެކު ހޭދަކުރިޔަސް ނުވަތަ ނުރުހުމާއެކު ހޭދަކުރިޔަސް ކަލޭމެންގެ ކިބައިން އެކަން قبول ނުކުރެވޭނެއެވެ. އެހެނީ ހަމަކަށަވަރުން ކަލޭމެންނަކީ فاسق ބައެކެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބައެކެވެ.)

Verse 54

وَمَا مَنَعَهُمْ أَن تُقْبَلَ مِنْهُمْ نَفَقَـٰتُهُمْ إِلَّآ أَنَّهُمْ كَفَرُوا۟ بِٱللَّهِ وَبِرَسُولِهِۦ وَلَا يَأْتُونَ ٱلصَّلَوٰةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمْ كَـٰرِهُونَ

Transliteration wamā manaʿahum an tuq'bala min'hum nafaqātuhum illā annahum kafarū bil-lahi wabirasūlihi walā yatūna l-ṣalata illā wahum kusālā walā yunfiqūna illā wahum kārihūna

Dhivehi އެމީހުންގެ ކިބައިން އެމީހުންގެ އެހޭދަކުރުން قبول ނުކުރެވެނީ ހަމަކަށަވަރުން އެމީހުން ﷲ އަށާއި އަދި އެކަލާނގެ رسول އާއަށް ކާފަރުވީކަން ކަމުގައި މެނުވީ ނުވެއެވެ. (އެބަހީ: އެދެފަރާތަށް ކާފަރުވީކަމުގެ ސަބަބުންނެވެ.) އަދި އެމީހުން ކަންނެތްކަންމަތީގައިވާ حال މެނުވީ ނަމާދަށް ނާދެއެވެ. އަދި އެމީހުން ނުރުހިތިބެގެންވާ حال ގައިމެނުވީ އެމީހުން ހޭދަ ނުކުރެއެވެ.

Verse 55

فَلَا تُعْجِبْكَ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُمْ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُعَذِّبَهُم بِهَا فِى ٱلْحَيَوٰةِ ٱلدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَـٰفِرُونَ

Transliteration falā tuʿ'jib'ka amwāluhum walā awlāduhum innamā yurīdu l-lahu liyuʿadhibahum bihā fī l-ḥayati l-dun'yā watazhaqa anfusuhum wahum kāfirūna

Dhivehi (އޭ رسول ﷲ އެވެ!) ފަހެ އެމީހުންގެ މުދަލާއި އަދި އެމީހުންގެ ދަރީންގެ ސަބަބުންވިޔަސް ކަލޭގެފާނު عجائب ކުރުވިޔަ ނުދޭށެވެ! އެހެނީ ހަމަކަށަވަރުން ﷲ تعالى އެދިވޮޑިގަންނަވަނީ ދުނިޔޭގެ حياة ގައި އެތަކެތީން އެމީހުންނަށް އެކަލާނގެ عذاب ދެއްވުމަށެވެ. އަދި އެމީހުން ކާފަރުންކަމުގައިވާ حال އެމީހުންގެ ފުރާނަތައް ނުކުމެގެން ދިއުމަށެވެ.

Verse 56

وَيَحْلِفُونَ بِٱللَّهِ إِنَّهُمْ لَمِنكُمْ وَمَا هُم مِّنكُمْ وَلَـٰكِنَّهُمْ قَوْمٌ يَفْرَقُونَ

Transliteration wayaḥlifūna bil-lahi innahum laminkum wamā hum minkum walākinnahum qawmun yafraqūna

Dhivehi އަދި އެމީހުން ﷲ ގަންދީ ހުވައިކޮށްފާ ބުނެއެވެ. ހަމަކަށަވަރުން އެމީހުންވަނީ ކަލޭމެން (مؤمن ން) ގެ ތެރެއިންނެވެ. (އެހެންނަމަވެސް) އެމީހުން ކަލޭމެންގެތެރެއިން ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންނަކީ (ކަލޭމެންދެކެ) ބިރުގަންނަ ބައެކެވެ.

Verse 57

لَوْ يَجِدُونَ مَلْجَـًٔا أَوْ مَغَـٰرَٰتٍ أَوْ مُدَّخَلًا لَّوَلَّوْا۟ إِلَيْهِ وَهُمْ يَجْمَحُونَ

Transliteration law yajidūna malja-an aw maghārātin aw muddakhalan lawallaw ilayhi wahum yajmaḥūna

Dhivehi އެމީހުންނަށް (ކިއްލާއެއްފަދައިން) އެމީހުން ސަލާމަތްވާނެތަނެއް ފެންނަނަމަ ނުވަތަ ވަންނާނެ ހޮހޮޅައެއް ފެންނާނެނަމަ ނުވަތަ ބިމުގައި ކޮނެފައިވާ ހޮރެއް ފެންނާނެނަމަ ހަމަކަށަވަރުން އެމީހުން އެދިމާއަށް އަވަސްވެގެންވާ حال އެނބުރި ހިނގައިދާނެއެވެ.

Verse 58

وَمِنْهُم مَّن يَلْمِزُكَ فِى ٱلصَّدَقَـٰتِ فَإِنْ أُعْطُوا۟ مِنْهَا رَضُوا۟ وَإِن لَّمْ يُعْطَوْا۟ مِنْهَآ إِذَا هُمْ يَسْخَطُونَ

Transliteration wamin'hum man yalmizuka fī l-ṣadaqāti fa-in uʿ'ṭū min'hā raḍū wa-in lam yuʿ'ṭaw min'hā idhā hum yaskhaṭūna

Dhivehi އަދި އެ منافق ންގެތެރޭގައި صدقة ގެ ކަންތަކުގައި ކަލޭގެފާނަށް عَيب ކިޔާމީހުންވެއެވެ. ފަހެ އެމީހުންނަށް އެއިން ދެވިއްޖެއްޔާ އެމީހުން ރުހެއެވެ. އަދި އެމީހުންނަށް އެއިން ނުދެވިއްޖެއްޔާ އެހައިރުން އެމީހުން ރުޅިއާދެއެވެ.

Verse 59

وَلَوْ أَنَّهُمْ رَضُوا۟ مَآ ءَاتَىٰهُمُ ٱللَّهُ وَرَسُولُهُۥ وَقَالُوا۟ حَسْبُنَا ٱللَّهُ سَيُؤْتِينَا ٱللَّهُ مِن فَضْلِهِۦ وَرَسُولُهُۥٓ إِنَّآ إِلَى ٱللَّهِ رَٰغِبُونَ

Transliteration walaw annahum raḍū mā ātāhumu l-lahu warasūluhu waqālū ḥasbunā l-lahu sayu'tīnā l-lahu min faḍlihi warasūluhu innā ilā l-lahi rāghibūna

Dhivehi އަދި އެމީހުންނަށް ﷲ އާއި އެކަލާނގެ رسول އާ ދެއްވިތަކެއްޗަށް އެމީހުން ރުހުނުނަމަ. "އަދި އަހުރެމެންނަށް ﷲ ފުދެއެވެ." އަދި ނިކަންހުރެ ﷲ އެކަލާނގެ فضل ވަންތަކަމުން އަހުރެމެންނަށް ދެއްވާނެއެވެ. އަދި رسول އާވެސް ދެއްވާނެއެވެ. ހަމަކަށަވަރުން އަހުރެމެން މިއެދެނީ ހަމަ ﷲ ގެ حضرة ންނެވެ. މިހެން އެމީހުން ބުނިނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ؟

Verse 60

۞ إِنَّمَا ٱلصَّدَقَـٰتُ لِلْفُقَرَآءِ وَٱلْمَسَـٰكِينِ وَٱلْعَـٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَـٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

Transliteration innamā l-ṣadaqātu lil'fuqarāi wal-masākīni wal-ʿāmilīna ʿalayhā wal-mu-alafati qulūbuhum wafī l-riqābi wal-ghārimīna wafī sabīli l-lahi wa-ib'ni l-sabīli farīḍatan mina l-lahi wal-lahu ʿalīmun ḥakīmun

Dhivehi صدقة ވާނީ (އެބަހީ: صدقة ދެވުން حقّ ވާބަޔަކީ) فقير ންނަށާއި مسكين ންނަށާއި صدقة އެއްކޮށް جمع ކުރުމުގައި މަސައްކަތް ކުރާމީހުންނަށާއި އަލަށް إسلام دين އަށް ވަން މީހުންނަށާއި އަޅުން މިނިވަންކުރުމަށާއި ދަރަނިވެރިންނަށާއި ﷲ ގެ މަގުގައިވާ (ހަނގުރާމަވެރިންނަށާއި ދީނަށްޓަކައި جهاد ކުރާމީހުންނަށް) އަދި ދަތުރުވެރިންނަށެވެ. މިއަށް ބާވަތުގެ މީހުންނަށެވެ. މިއީ ﷲ ގެ حضرة ންވާ فرض އެއްގެގޮތުންނެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަކަލާނގެއެވެ. • ދަންނައެވެ! އިސްވެދިޔަ އާޔަތުގައި އެވަނީ ޒަކާތް ބެހޭނެ އަށްބާވަތުގެ މީހުންނެވެ. މިއިން ކޮންމެ ބާވަތަކާމެދު علم ވެރިން ވާހަކަ ދައްކަވާފައިވެއެވެ. شرح އެއްގެގޮތުންނެވެ. އެވާހަކަތަކަށް އަދި ފަހުން ވާހަކަދެއްކުމަށް ބޭއްވީއެވެ.

Verse 61

وَمِنْهُمُ ٱلَّذِينَ يُؤْذُونَ ٱلنَّبِىَّ وَيَقُولُونَ هُوَ أُذُنٌ ۚ قُلْ أُذُنُ خَيْرٍ لَّكُمْ يُؤْمِنُ بِٱللَّهِ وَيُؤْمِنُ لِلْمُؤْمِنِينَ وَرَحْمَةٌ لِّلَّذِينَ ءَامَنُوا۟ مِنكُمْ ۚ وَٱلَّذِينَ يُؤْذُونَ رَسُولَ ٱللَّهِ لَهُمْ عَذَابٌ أَلِيمٌ

Transliteration wamin'humu alladhīna yu'dhūna l-nabiya wayaqūlūna huwa udhunun qul udhunu khayrin lakum yu'minu bil-lahi wayu'minu lil'mu'minīna waraḥmatun lilladhīna āmanū minkum wa-alladhīna yu'dhūna rasūla l-lahi lahum ʿadhābun alīmun

Dhivehi އަދި އެ منافق ންގެތެރޭގައި نبي ﷲ ﷺ އަށް އުނދަގޫކުރާ މީހުންވެއެވެ. އަދި އެމީހުން ބުނެއެވެ. އެކަލޭގެފާނު އެއީ ކަންފަތެކެވެ. (އެބަހީ: ކޮންމެ މީހެއްގެ ކިބައިން ކޮންމެ އެއްޗެއް އައްސަވައެވެ. އަދި ތެދުކުރައްވައެވެ.) ކަލޭގެފާނުން ވިދާޅުވާށެވެ! އެއީ ކަލޭމެނަށްވާ ރަނގަޅު ހެޔޮ ކަންފަތެކެވެ. އެބަހީ ހެޔޮ އެއްޗެތި އައްސަވާ ތެދުކުރައްވައެވެ.) އެކަލޭގެފާނު ﷲ ތެދުކުރައްވައެވެ. އަދި مؤمن ން ތެދުކުރައްވައެވެ. އަދި އެއީ ކަލޭމެންކުރެ އީމާންވީ މީހުންނަށްވާ رحمة އެކެވެ. އަދި رسول ﷲ އަށް އުނދަގޫކުރާމީހުން (ދަންނައެވެ!) އެމީހުންނަށް ހުރީ ވޭންދެނިވި عذاب އެކެވެ.

Verse 62

يَحْلِفُونَ بِٱللَّهِ لَكُمْ لِيُرْضُوكُمْ وَٱللَّهُ وَرَسُولُهُۥٓ أَحَقُّ أَن يُرْضُوهُ إِن كَانُوا۟ مُؤْمِنِينَ

Transliteration yaḥlifūna bil-lahi lakum liyur'ḍūkum wal-lahu warasūluhu aḥaqqu an yur'ḍūhu in kānū mu'minīna

Dhivehi އެ منافق ންގެ މީހުން ކަލޭމެން مؤمن ން ރުއްސުމަށްޓަކައި ހުވައިކުރެއެވެ. (އެހެންނަމަވެސް) ﷲ އާއި އެކަލާނގެ رسول އާ ރުއްސުން އެމީހުންނަށް މާ حقّ ކަންބޮޑެވެ. އެމީހުން އެއީ مؤمن ން ކަމުގައިވަންޏާއެވެ.

Verse 63

أَلَمْ يَعْلَمُوٓا۟ أَنَّهُۥ مَن يُحَادِدِ ٱللَّهَ وَرَسُولَهُۥ فَأَنَّ لَهُۥ نَارَ جَهَنَّمَ خَـٰلِدًا فِيهَا ۚ ذَٰلِكَ ٱلْخِزْىُ ٱلْعَظِيمُ

Transliteration alam yaʿlamū annahu man yuḥādidi l-laha warasūlahu fa-anna lahu nāra jahannama khālidan fīhā dhālika l-khiz'yu l-ʿaẓīmu

Dhivehi ހަމަކަށަވަރުން ﷲ އާއި އެކަލާނގެ رسول އާއި އިދިކޮޅުވެ خلاف ވާމީހާއަށް (قيامة ދުވަހުން) ނަރަކަ ހުންނާނެކަން އެމީހުންނަށް ފަހެ ނޭނގެނީހެއްޔެވެ؟ އެތާ އެމީހަކު ދެމިހުންނަ حال ގައެވެ. ބޮޑުވެގެންވާ ދެރަނިކަމެތިކަމަކީ އެއީއެވެ.

Verse 64

يَحْذَرُ ٱلْمُنَـٰفِقُونَ أَن تُنَزَّلَ عَلَيْهِمْ سُورَةٌ تُنَبِّئُهُم بِمَا فِى قُلُوبِهِمْ ۚ قُلِ ٱسْتَهْزِءُوٓا۟ إِنَّ ٱللَّهَ مُخْرِجٌ مَّا تَحْذَرُونَ

Transliteration yaḥdharu l-munāfiqūna an tunazzala ʿalayhim sūratun tunabbi-uhum bimā fī qulūbihim quli is'tahziū inna l-laha mukh'rijun mā taḥdharūna

Dhivehi منافق ން އެމީހުންގެ ހިތްތަކުގައިވާ (ނުބައި) ތަކެތި بيان ކޮށް ފައުޅުކޮށްދޭ سورة އެއް އެމީހުންގެ މައްޗަށް - އެމީހުންނާއި ބެހޭގޮތުން ބާވައިލައްވާފާނެކަމަށް منافق ން ބިރުގަނެއެވެ. އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން މަލާމާތް ކުރާށެވެ! ހަމަކަށަވަރުން ﷲ تعالى އީ ކަލޭމެން ބިރުގަންނަ ތަކެތި ނެރުއްވާނޭ ކަލާނގެއެވެ. • ދަންނައެވެ! މިއާޔަތް ބާވައިލެއްވިކަމުގައިވަނީ منافق ންގެ ބަޔަކު رسول އާ އަށާއި مؤمن ންނަށް މަލާމާތްކުރުމަކާ ގުޅިގެން ކަމުގައިވިއެވެ. والله أعلم.

Verse 65

وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِٱللَّهِ وَءَايَـٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ

Transliteration wala-in sa-altahum layaqūlunna innamā kunnā nakhūḍu wanalʿabu qul abil-lahi waāyātihi warasūlihi kuntum tastahziūna

Dhivehi އަދި ކަލޭގެފާނު އެމީހުންނާއި ސުވާލުކުރައްވައިފިއްޔާ އެމީހުން ބުނާނެއެވެ. އަހުރެމެންވީ (ދަތުރުގެ ވަރުބަލި ފިލުވައިލުމުގެ ގޮތުން) ސަމާސާގެ ތެރެއަށް ވަދެލާ ކުޅެލުމަށާއި މަޖާ ވާހަކަކޮޅެއް ދައްކައިލި ބަޔަކުކަމުގައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން މަލާމާތްކޮށް ފުރައްސާރަ ކުރަންވީ ﷲ އަށާއި އެކަލާނގެ އާޔަތަކަށާއި އަދި އެކަލާނގެ رسول އާއަށް ހެއްޔެވެ؟

Verse 66

لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَـٰنِكُمْ ۚ إِن نَّعْفُ عَن طَآئِفَةٍ مِّنكُمْ نُعَذِّبْ طَآئِفَةًۢ بِأَنَّهُمْ كَانُوا۟ مُجْرِمِينَ

Transliteration lā taʿtadhirū qad kafartum baʿda īmānikum in naʿfu ʿan ṭāifatin minkum nuʿadhib ṭāifatan bi-annahum kānū muj'rimīna

Dhivehi ކަލޭމެން عذر ދައްކާ ބަހަނާދައްކަން ނަހަދާށެވެ! ކަލޭމެން ތިޔަވަނީ ކަލޭމެންގެ އީމާންކަމަށްފަހު އަލުންވެސް ކާފަރުވެގެންނެވެ. ކަލޭމެންކުރެ ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވާހުށީމެވެ. އެހެނީ ހަމަކަށަވަރުން އެމީހުންވީ مُجْرِم ން ކަމުގައެވެ. ނުބައި ނުލަފާ މީހުން ކަމުގައެވެ. • ދަންނައެވެ! މިއާޔަތާއި މީގެ ފަހުގެ ދެއާޔަތް ބާވައިލެއްވުނު ސަބަބެއް ކަމުގައި تفسير ފޮތްތަކާއި حديث ފޮތްތަކުގައި ރިވާވެގެންވަނީ رسول ﷲ ﷺ އާއި أصحاب ބޭކަލުން تَبُوك ހަނގުރާމައަށް ވަޑައިގެންނެވި لشكر ގައި منافق ންގެ ބަޔަކުވެސްވެއެވެ. ދެންފަހެ رسول ﷲ ﷺ ކޮންމެވެސް منزل އެއްގައި لشكر މަޑުކުރައްވާފައިވަނިކޮށް މި منافق ން އެއްތަނަކަށް ޖެހިލާފައި رسول ﷲ ﷺ އަށާއި أصحاب ބޭކަލުންނަށް ދޮގު ހުތުރުބަސްތަކުން މަލާމާތްކުރީއެވެ. އެއަޑު އަހަން އެތާ މާތްވެގެންވާ أصحاب ބޭކަލަކު އިންނެވިއެވެ. އަދި އެމީހުންނާއި ދިމާއަށް ވިދާޅުވިއެވެ. ކަލޭ ތިޔަހަދަނީ ދޮގެވެ. އަހުރެން މިދަނީ ތިޔަވާހަކަ رسول ﷲ ﷺ އަށް ދަންނަވާށެވެ. އަދި އެބޭކަލަކު އެކަލޭގެފާނުންގެ އަރިހަށް ވަޑައިގެންނެވި އިރު قرآن އެކަމުގައި އިސްވެއްޖެއެވެ. އިސްވެދިޔަ ދެއާޔަތް ބާވައިލައްވާ އެވާހަކަ ދެއްކި މީހުންނަކީ ކާފަރުން ކަމުގައި ނިޔާކަނޑައަޅުއްވައިފިއެވެ. މިވާހަކަ تفصيل ކޮށް حديث ފޮތްތަކާއި تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. والله أعلم.

Verse 67

ٱلْمُنَـٰفِقُونَ وَٱلْمُنَـٰفِقَـٰتُ بَعْضُهُم مِّنۢ بَعْضٍ ۚ يَأْمُرُونَ بِٱلْمُنكَرِ وَيَنْهَوْنَ عَنِ ٱلْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا۟ ٱللَّهَ فَنَسِيَهُمْ ۗ إِنَّ ٱلْمُنَـٰفِقِينَ هُمُ ٱلْفَـٰسِقُونَ

Transliteration al-munāfiqūna wal-munāfiqātu baʿḍuhum min baʿḍin yamurūna bil-munkari wayanhawna ʿani l-maʿrūfi wayaqbiḍūna aydiyahum nasū l-laha fanasiyahum inna l-munāfiqīna humu l-fāsiqūna

Dhivehi منافق ފިރިހެނުންނާއި منافق އަންހެނުން (ދަންނައެވެ!) އޭގެ އެއްބަޔަކުވަނީ އޭގެ އަނެއްބަޔެއްގެ ތެރެއިންނެވެ. (އެއީ ހަމަ އެއްބައެކެވެ. ކޮންމެ ބަޔަކުވެސް އީމާންކަން ބޭރުފުށުން ފާޅުކޮށް އެތެރެފުށުގައި ކާފަރުކަން ވަންހަނާކުރެއެވެ.) އެމީހުން އަމުރުކުރަނީ منكرات ތައް ކުރުމަށެވެ. (އެއީ ﷲ އަށާއި އެކަލާނގެ رسول އާއަށް ކާފަރުވުމަށެވެ.) އަދި އެމީހުން މަނާކޮށް ނަހީކުރަނީ ހެޔޮކަންތައް ކުރުމެވެ. (ﷲ އަށާއި އެކަލާނގެ رسول އާއަށް އީމާންވުމެވެ.) އަދި އެމީހުން (حقّ ގޮތުގައި ހޭދައެއް ނުކުރުމަށް) އެމީހުންގެ އަތްތައް ހިފަހައްޓައެވެ. އެމީހުން ﷲ ހަނދާން ނައްތައިލީއެވެ. (އެބަހީ: އެމީހުން ﷲ އަށް ކިޔަމަންވުމަށާއި އެކަލާނގެ أمر ފުޅަށް تبع ވުމަށް އެމީހުން ހަނދާންނައްތައިލީއެވެ.) ދެންފަހެ ﷲ ވެސް އެމީހުންގެ މަތީން ހަނދުމަނެތިވެވޮޑިގެންނެވީއެވެ. (އެބަހީ: ﷲ އެމީހުންނަށް ހެޔޮކަމަށް توفيق ދެއްވުމާއި ތެދުމަގު ދެއްކެވުން ދޫކޮށްލެއްވީއެވެ.) ހަމަކަށަވަރުން منافق ން ނަކީ ކަނޑައެޅިގެން فاسق ންނެވެ.

Verse 68

وَعَدَ ٱللَّهُ ٱلْمُنَـٰفِقِينَ وَٱلْمُنَـٰفِقَـٰتِ وَٱلْكُفَّارَ نَارَ جَهَنَّمَ خَـٰلِدِينَ فِيهَا ۚ هِىَ حَسْبُهُمْ ۚ وَلَعَنَهُمُ ٱللَّهُ ۖ وَلَهُمْ عَذَابٌ مُّقِيمٌ

Transliteration waʿada l-lahu l-munāfiqīna wal-munāfiqāti wal-kufāra nāra jahannama khālidīna fīhā hiya ḥasbuhum walaʿanahumu l-lahu walahum ʿadhābun muqīmun

Dhivehi އަދި منافق ފިރިހެނުންނަށާއި منافق އަންހެނުންނަށާއި ސީދާ ކާފަރުންނަށާއި މިމީސްމީހުންނަށް ﷲ وعد ކުރައްވާފައިވަނީ (قيامة ދުވަހުން) ނަރަކައިގެ އަލިފާނެވެ. އެމީހުން އެތާ ދެމިތިބޭ حال ގައެވެ. އެމީހުންނަށް ފުދޭނެ ތަނަކީ ހަމަ އެތަނެވެ. އަދި ﷲ تعالى އެމީހުންނަށް لعنة ލެއްވިއެވެ. އަދި އެމީހުންނަށް ހުރީ ހަމަ ދާއިމީ އަބަދީ عذاب އެވެ.

Verse 69

كَٱلَّذِينَ مِن قَبْلِكُمْ كَانُوٓا۟ أَشَدَّ مِنكُمْ قُوَّةً وَأَكْثَرَ أَمْوَٰلًا وَأَوْلَـٰدًا فَٱسْتَمْتَعُوا۟ بِخَلَـٰقِهِمْ فَٱسْتَمْتَعْتُم بِخَلَـٰقِكُمْ كَمَا ٱسْتَمْتَعَ ٱلَّذِينَ مِن قَبْلِكُم بِخَلَـٰقِهِمْ وَخُضْتُمْ كَٱلَّذِى خَاضُوٓا۟ ۚ أُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ

Transliteration ka-alladhīna min qablikum kānū ashadda minkum quwwatan wa-akthara amwālan wa-awlādan fa-is'tamtaʿū bikhalāqihim fa-is'tamtaʿtum bikhalāqikum kamā is'tamtaʿa alladhīna min qablikum bikhalāqihim wakhuḍ'tum ka-alladhī khāḍū ulāika ḥabiṭat aʿmāluhum fī l-dun'yā wal-ākhirati wa-ulāika humu l-khāsirūna

Dhivehi (އޭ منافق ންނޭވެ!) ކަލޭމެންވެސް އިސްވެދިޔަ ކަލޭމެންކަހަލަ މީހުންފަދައެވެ. އެމީހުންވީ (ކަލޭމެނަށްވުރެ) މާބާރުގަދަ އަދި މުދަލާއި ދަރިން ގިނަ ބަޔަކު ކަމުގައެވެ. ފަހެ އެމީހުން އެމީހުންނަށް ލިބުނު ނަސީބުގައި (ﷲ ދެއްވިތަކެތީގައި) އަރާމުކޮށް ފައިދާނެގިއެވެ. ކަލޭމެންވެސް ކަލޭމެނަށް ލިބުނު ނަސީބުގައި އަރާމުކޮށް މަޖާކޮށް ފައިދާނަގައިފީމުއެވެ. (އެބަހީ: آخرة ގެ ނަސީބުގެ ބަދަލުގައި ދުނިޔޭގެ ނަސީބުގައި ފައިދާ އުފުލައިފީމުއެވެ. އެއީ ކަލޭމެންގެ ކުރީގެ މީހުންވެސް އެމީހުންގެ ނަސީބުން ފައިދާ އުފުލިފަދައިންނެވެ. އަދި އެމީހުންވެސް (ދޮގާއި باطل ގެ ތެރެއަށް) ވަދެގަތްފަދައިން ކަލޭމެންވެސް (ދޮގާއި باطل ގެތެރެއަށް) ވަދެގެންފީމުއެވެ. އެފަދަމީހުން ދަންނައެވެ! އެމީހުންގެ ދުނިޔެއާއި آخرة ގެ އެންމެހައި ހެޔޮ عمل ތައް باطل ވީއެވެ. އަދި އެމީހުން އެއީ ހަމަ ގެއްލި ހަލާކުވެގެންވާ މީހުންނެވެ.

Verse 70

أَلَمْ يَأْتِهِمْ نَبَأُ ٱلَّذِينَ مِن قَبْلِهِمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَقَوْمِ إِبْرَٰهِيمَ وَأَصْحَـٰبِ مَدْيَنَ وَٱلْمُؤْتَفِكَـٰتِ ۚ أَتَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ ۖ فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ

Transliteration alam yatihim naba-u alladhīna min qablihim qawmi nūḥin waʿādin wathamūda waqawmi ib'rāhīma wa-aṣḥābi madyana wal-mu'tafikāti atathum rusuluhum bil-bayināti famā kāna l-lahu liyaẓlimahum walākin kānū anfusahum yaẓlimūna

Dhivehi އެމީހުންގެ ގާތަށް (އެބަހީ: منافق ންގެގާތަށް) އެމީހުންގެ ކުރިން އިސްވެދިޔަ أمّة ތަކުގެ خبر ނާދޭބާވައެވެ؟ އެއީ نوح قوم - عَاد އާއި އަދި ثَمُوْدُ قوم އަދި إبراهيم ގެފާނުންގެ قوم އާއި مَدْيَن ގެ أهل ވެރިންނާއި ބަންޑުންޖެހުނުރަށުގެ يعني: لوط قوم ގެ خبر އެވެ. އެމީސްމީހުންގެ ގާތަށް އެމީހުންގެ رسول ބޭކަލުން ބަޔާންވެ ފައުޅުވެގެންވާ دليل އާއިގެން ވަޑައިގެންނެވިއެވެ. (ނަމަވެސް އެ أمّة ތަކުގެ ކާފަރުން އެބޭކަލުން ދޮގުކޮށް އަދި އީމާން ނުވުމުގެ ސަބަބުން ﷲ އެމީހުން ހަލާކު ކުރެއްވީއެވެ. ކަލޭމެންވެސް އީމާން ނުވިއްޔާ ވާނީ ހަމަ އެކަހަލަ ގޮތެކެވެ.) އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިގެންނެވީއެއްނޫނެވެ. ނަމަވެސް އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވީއެވެ.

Verse 71

وَٱلْمُؤْمِنُونَ وَٱلْمُؤْمِنَـٰتُ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ يَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَـٰٓئِكَ سَيَرْحَمُهُمُ ٱللَّهُ ۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ

Transliteration wal-mu'minūna wal-mu'minātu baʿḍuhum awliyāu baʿḍin yamurūna bil-maʿrūfi wayanhawna ʿani l-munkari wayuqīmūna l-ṣalata wayu'tūna l-zakata wayuṭīʿūna l-laha warasūlahu ulāika sayarḥamuhumu l-lahu inna l-laha ʿazīzun ḥakīmun

Dhivehi އަދި مؤمن ފިރިހެނުންނާއި مؤمن އަންހެނުން އޭގެ އެއްބަޔަކީ އަނެއްބައެއްގެ ސަހަރޯވެރިންނެވެ. نصر ވެރި ވާގިވެރިންނެވެ. އެމީހުން ހެޔޮކަންތަކަށް އަމުރުކޮށް منكرات ނަހީކޮށް މަނާކުރެއެވެ. އަދި އެމީހުން ނަމާދު قائم ކުރެއެވެ. އަދި އެމީހުން ޒަކާތްދެއެވެ. އަދި އެމީހުން ﷲ އަށާއި އެކަލާނގެ رسول އާ އަށް ކިޔަމަންތެރިވެއެވެ. އެމީހުންނަށް ނިކަންހުރެ ﷲ رحمة ލައްވާނެއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ حكمة ވަންތަ ކަލާނގެއެވެ.

Verse 72

وَعَدَ ٱللَّهُ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَمَسَـٰكِنَ طَيِّبَةً فِى جَنَّـٰتِ عَدْنٍ ۚ وَرِضْوَٰنٌ مِّنَ ٱللَّهِ أَكْبَرُ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ

Transliteration waʿada l-lahu l-mu'minīna wal-mu'mināti jannātin tajrī min taḥtihā l-anhāru khālidīna fīhā wamasākina ṭayyibatan fī jannāti ʿadnin wariḍ'wānun mina l-lahi akbaru dhālika huwa l-fawzu l-ʿaẓīmu

Dhivehi އަދި مؤمن ފިރިހެނުންނަށާއި އަދި مؤمن އަންހެނުންނަށް އެތަންތާނގެ ދަށުން އާރުތައް ދެމޭ ސުވަރުގެތައް (قيامة ދުވަހުން) ދެއްވާނެކަމުގައި ﷲ وعد ކުރެއްވިއެވެ. އެތަންތާ އެމީހުން ދެމިތިބޭހުއްޓެވެ. އަދި قائم ވެ ދެމިތިބޭ ސުވަރުގެތަކުގައި ރަނގަޅުވެގެންވާ މަންޒިލްތަކާއި ތިބޭނެ ރަނގަޅު ތަންތަން ހުރިކަމާއި އަދި އެހުރިހާ ކަމަކަށްވުރެ މާތްވެގެންވާ އަދި ބޮޑުވެގެންވާ ކަމެއްކަމުގައިވާ ﷲ ގެ ރުއްސެވުންވެސް އެމީހުންނަށް ހުރިކަމަށް ﷲ އެމީހުންނަށް وعد ކުރެއްވިއެވެ. ބޮޑުވެގެންވާ نصيب އަކީ އެއީއެވެ.

Verse 73

يَـٰٓأَيُّهَا ٱلنَّبِىُّ جَـٰهِدِ ٱلْكُفَّارَ وَٱلْمُنَـٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ

Transliteration yāayyuhā l-nabiyu jāhidi l-kufāra wal-munāfiqīna wa-ugh'luẓ ʿalayhim wamawāhum jahannamu wabi'sa l-maṣīru

Dhivehi އޭ نبي ކަލޭގެފާނެވެ! ކާފަރުންނާއި އަދި منافق ންނާއި އިދިކޮޅަށް جهاد ކުރައްވާށެވެ! އަދި އެމީހުންގެ މައްޗަށް ހަރުކަށިވެވަޑައިގަންނަވާށެވެ! އެމީހުންގެ ޖާގަޔަކީ (قيامة ދުވަހުން) ނަރަކައެވެ. އެއީ އެނބުރިގޮސް ތިބުމަށް ނުބައިވެގެންވާ ތަނެކެވެ.

Verse 74

يَحْلِفُونَ بِٱللَّهِ مَا قَالُوا۟ وَلَقَدْ قَالُوا۟ كَلِمَةَ ٱلْكُفْرِ وَكَفَرُوا۟ بَعْدَ إِسْلَـٰمِهِمْ وَهَمُّوا۟ بِمَا لَمْ يَنَالُوا۟ ۚ وَمَا نَقَمُوٓا۟ إِلَّآ أَنْ أَغْنَىٰهُمُ ٱللَّهُ وَرَسُولُهُۥ مِن فَضْلِهِۦ ۚ فَإِن يَتُوبُوا۟ يَكُ خَيْرًا لَّهُمْ ۖ وَإِن يَتَوَلَّوْا۟ يُعَذِّبْهُمُ ٱللَّهُ عَذَابًا أَلِيمًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَمَا لَهُمْ فِى ٱلْأَرْضِ مِن وَلِىٍّ وَلَا نَصِيرٍ

Transliteration yaḥlifūna bil-lahi mā qālū walaqad qālū kalimata l-kuf'ri wakafarū baʿda is'lāmihim wahammū bimā lam yanālū wamā naqamū illā an aghnāhumu l-lahu warasūluhu min faḍlihi fa-in yatūbū yaku khayran lahum wa-in yatawallaw yuʿadhib'humu l-lahu ʿadhāban alīman fī l-dun'yā wal-ākhirati wamā lahum fī l-arḍi min waliyyin walā naṣīrin

Dhivehi އެމީހުން ﷲ ގަންދީ ހުވައިކޮށްފާ އެ كلمة ނުބުނާކަމަށް (އެބަހީ: كُفْرُ ގެ كلمة ނުބުނާކަމަށް) ބުންޏެވެ. އަދި ހަމަކަށަވަރުން އެމީހުން كُفْرُ ގެ كلمة ބުންޏެވެ. އެމީހުންގެ إسلام ކަމަށްފަހު އެމީހުން ކާފަރުވީއެވެ. އަދި އެމީހުންނަށް ނުވެވުނު ކަންތައް އެމީހުން ކުރަން ގަސްތުކުރިއެވެ. އަދި ﷲ ގެ فضل ވަންތަކަމުން ﷲ އާއި އެކަލާނގެ رسول އާ އެމީހުން މުއްސަނދި ކުރެއްވުމަށްފަހުގައި މެނުވީ އެމީހުން އިންކާރުކޮށް ނުރުހުންވީކަމުގައި ނުވެއެވެ. ފަހެ އެމީހުން توبة ވާނެނަމަ އެކަން އެމީހުންނަށް ހެޔޮވެގެންވެއެވެ. އަދި އެމީހުން އީމާންނުވެ އެނބުރި ފުރަގަސްދޭނަމަ ﷲ تعالى ދުނިޔެއާއި آخرة ގައިވެސް އެމީހުންނަށް ވޭންދެނިވި عذاب އެއް ދެއްވާނެއެވެ. އަދި ބިންމަތީގައި އެމީހުންނަށް އެއްވެސް ސަހަރޯވެރިއަކު نصر ވެރިއަކު ނުވާހުއްޓެވެ. • ދަންނައެވެ! މި كُفْرُ ގެ ބަސްބުނި މީހުންނަކީ منافق ންގެ ބައެކެވެ. އެމީހުން ބުނިބަހަކީ (إنْ كَانَ مَا جَاء بِهِ مُحَمَّدٌ حَقًّا لَنَحْنُ أَشَرُّ مِنَ اْلحَمِيْر) މާނައީ: محمّد ގެފާނު އެގެންނެވި ކަންތައް އެއީ حقّ އެއް ކަމުގައިވަންޏާ ހަމަކަށަވަރުން އަހުރެމެން حِمَار އަށްވުރެ ނުބައެވެ. މިއެވެ. އަދި އެމީހުންނަށް ނުވިކަމެއް އެމީހުން قصد ކުރިކަމަކީ رسول ﷲ ﷺ - قتل ކުރުމެވެ. - އަދި މިނޫންގޮތްގޮތަށްވެސް މިއާޔަތުގެ تفسير ގައި بيان ކޮށްފައިވެއެވެ. والله أعلم بالصّواب.

Verse 75

۞ وَمِنْهُم مَّنْ عَـٰهَدَ ٱللَّهَ لَئِنْ ءَاتَىٰنَا مِن فَضْلِهِۦ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّـٰلِحِينَ

Transliteration wamin'hum man ʿāhada l-laha la-in ātānā min faḍlihi lanaṣṣaddaqanna walanakūnanna mina l-ṣāliḥīna

Dhivehi އަދި އެމީހުންގެތެރޭގައި - އެބަހީ: އެ منافق ންގެތެރޭގައި ﷲ އާއި عهد ކުރި މީހުންވެއެވެ. (އެ عهد އަކީ) އެކަލާނގެ فضل ވަންތަކަމުން އަހުރެމެންނަށް (މުދާދެއްވާ ތަނަވަސްކަން) ދެއްވައިފިއްޔާ ހަމަކަށަވަރުން އަހުރެމެން صدقاة ދޭހުށީމެވެ. އަދި ހަމަކަށަވަރުން صالح މާތްމީހުންގެތެރެއިން އަހުރެމެންވާ ހުށީމެވެ. (އެމީހަކީ ثَعْلَبَة بن حَاطِب الأنْصَارى ކަމުގައި ބުނެވުނެވެ. = - نفسير طبري -)

Verse 76

فَلَمَّآ ءَاتَىٰهُم مِّن فَضْلِهِۦ بَخِلُوا۟ بِهِۦ وَتَوَلَّوا۟ وَّهُم مُّعْرِضُونَ

Transliteration falammā ātāhum min faḍlihi bakhilū bihi watawallaw wahum muʿ'riḍūna

Dhivehi ދެންފަހެ އެކަލާނގެ فضل ވަންތަކަމުން އެމީހުންނަށް (މުދަލާއި ތަނަވަސްކަން) ދެއްވިހިނދުން އެމީހުން އެ فضل ވަންތަކަމަށް بَخِيْلُ ވެ ދަހިވެތިވެގެންފިއެވެ. އަދި ﷲ ގެ عهد އަށް ފުރަގަސްދީފިއެވެ.

Verse 77

فَأَعْقَبَهُمْ نِفَاقًا فِى قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُۥ بِمَآ أَخْلَفُوا۟ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُوا۟ يَكْذِبُونَ

Transliteration fa-aʿqabahum nifāqan fī qulūbihim ilā yawmi yalqawnahu bimā akhlafū l-laha mā waʿadūhu wabimā kānū yakdhibūna

Dhivehi ދެންފަހެ ﷲ تعالى އެމީހުންގެ ހިތްތަކަށް އެޔާގުޅިގެން نفاق ކަން يعني: ދެފުށްދެގޮތްކުރުން ވައްދަވައިފިއެވެ. އެއީ އެމީހުން އެކަލާނގެއާއި ބައްދަލުވާދުވަހާއި ހަމައަށެވެ. މަރުދުވަހަށްދާންދެނެވެ. އެހެން އެވީ އެމީހުން ﷲ އާއި އެމީހުން ކުރި وعد އާއި خلاف ވުމުގެ ސަބަބުންނެވެ. އަދި އެމީހުން ބުނިބަސް ދޮގުކުރުމުގެ ސަބަބުންނެވެ.

Verse 78

أَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ سِرَّهُمْ وَنَجْوَىٰهُمْ وَأَنَّ ٱللَّهَ عَلَّـٰمُ ٱلْغُيُوبِ

Transliteration alam yaʿlamū anna l-laha yaʿlamu sirrahum wanajwāhum wa-anna l-laha ʿallāmu l-ghuyūbi

Dhivehi އެމީހުންގެ އަމިއްލަ نفس ގެ ސިއްރުތަކާއި އެމީހުންގެ ސިއްރު ޖަލްސާތައްވެސް ﷲ ދެނެވޮޑިގަންނަވާކަން އެމީހުންނަށް ނޭނގެނީބާވައެވެ؟ އަދި ހަމަކަށަވަރުން ﷲ އީ غيب ތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެކަންވެސް އެމީހުންނަށް ނޭނގޭބާވައެވެ؟

Verse 79

ٱلَّذِينَ يَلْمِزُونَ ٱلْمُطَّوِّعِينَ مِنَ ٱلْمُؤْمِنِينَ فِى ٱلصَّدَقَـٰتِ وَٱلَّذِينَ لَا يَجِدُونَ إِلَّا جُهْدَهُمْ فَيَسْخَرُونَ مِنْهُمْ ۙ سَخِرَ ٱللَّهُ مِنْهُمْ وَلَهُمْ عَذَابٌ أَلِيمٌ

Transliteration alladhīna yalmizūna l-muṭawiʿīna mina l-mu'minīna fī l-ṣadaqāti wa-alladhīna lā yajidūna illā juh'dahum fayaskharūna min'hum sakhira l-lahu min'hum walahum ʿadhābun alīmun

Dhivehi صدقاة ގެ ކަންތަކުގައި އަޅުވެރި تقوى ވެރި މާތްމީހުންނާއިމެދުގައްޔާއި އަދި ތިމާމެންގެ މަސައްކަތާއި ހިތްވަރުން އެހޯދި ކުޑައެތިކޮޅު صدقاة ކުރި މީހުންނަށާއި މިމީސްމީހުންނަށް މަލާމާތްކޮށް عَيب ކީ މީހުން ދަންނައެވެ! ﷲ تعالى އެމީހުންނަށް މަލާމާތްކުރައްވާ ހުއްޓެވެ. އަދި އެމީހުންނަށް ހުންނަހުށީ ވޭންދެނިވި عذاب އެވެ.

Verse 80

ٱسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِن تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَن يَغْفِرَ ٱللَّهُ لَهُمْ ۚ ذَٰلِكَ بِأَنَّهُمْ كَفَرُوا۟ بِٱللَّهِ وَرَسُولِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ

Transliteration is'taghfir lahum aw lā tastaghfir lahum in tastaghfir lahum sabʿīna marratan falan yaghfira l-lahu lahum dhālika bi-annahum kafarū bil-lahi warasūlihi wal-lahu lā yahdī l-qawma l-fāsiqīna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް - އެބަހީ އެ منافق ންނަށް - ފާފަފުއްސެވުމަށް دعاء ކުރެއްވިޔަސް ނުވަތަ ކަލޭގެފާނު އެމީހުންނަށް ފާފަފުއްސެވުމަށް دعاء ނުކުރެއްވިޔަސް، އަދި ކަލޭގެފާނު އެމީހުންނަށް ފާފަފުއްސެވުމަށް ހަތްދިހަފަހަރު دعاء ކުރެއްވިޔަސް ﷲ تعالى އެމީހުންނަށް ނުފުއްސަވާހުއްޓެވެ. އެހެން އެވީ ހަމަކަށަވަރުން އެމީހުން ﷲ އަށާއި އެކަލާނގެ رسول އާ އަށް ކާފަރުވީ ކަމެވެ. އަދި فاسق ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވާ ހުއްޓެވެ.

Verse 81

فَرِحَ ٱلْمُخَلَّفُونَ بِمَقْعَدِهِمْ خِلَـٰفَ رَسُولِ ٱللَّهِ وَكَرِهُوٓا۟ أَن يُجَـٰهِدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَقَالُوا۟ لَا تَنفِرُوا۟ فِى ٱلْحَرِّ ۗ قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا ۚ لَّوْ كَانُوا۟ يَفْقَهُونَ

Transliteration fariḥa l-mukhalafūna bimaqʿadihim khilāfa rasūli l-lahi wakarihū an yujāhidū bi-amwālihim wa-anfusihim fī sabīli l-lahi waqālū lā tanfirū fī l-ḥari qul nāru jahannama ashaddu ḥarran law kānū yafqahūna

Dhivehi رسول ﷲ ﷺ ގެ އަރިހުގައި ހަނގުރާމައަށް ނުގޮސް ފަހަތަށް ޖެހުނުމީހުން އެމީހުންގެ މަންޒިލްތަކުގައި رسول ﷲ ﷺ އާއި خلاف އަށް އިށީނދެތިބުމަށް އުފާކުރިއެވެ. އަދި ﷲ ގެ މަގުގައި އެމީހުންގެ މުދަލާއި އެމީހުން ޖާނުން ހަނގުރާމަކުރުމަށް އެމީހުން ނުރުހުނެވެ. އަދި އެމީހުން ބުނީ ގަދަހޫނުގައި ހަނގުރާމައަށް ދިއުމަށް އަމުރު ނުކުރައްވާށެވެ! (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ނަރަކައިގެ އަލިފާން މާހޫނުގަދައެވެ. އެގޮތް ކަލޭމެންނަށް އެނގޭނަމައެވެ. (އެމީހުންނަށް މިހެންވިދާޅުވާށެވެ!)

Verse 82

فَلْيَضْحَكُوا۟ قَلِيلًا وَلْيَبْكُوا۟ كَثِيرًا جَزَآءًۢ بِمَا كَانُوا۟ يَكْسِبُونَ

Transliteration falyaḍḥakū qalīlan walyabkū kathīran jazāan bimā kānū yaksibūna

Dhivehi ފަހެ އެމީހުން މަދުން ހޭހުށިކަމެވެ! (އެބަހީ: رسول ﷲ ﷺ އާއި خلاف އަށް ހަނގުރާމައަށް ނުގޮސްތިބެ އުފާކޮށް ހީނުހަދާށެވެ!) އަދި އެމީހުން އެހޯދައިގަތް ފާފައިގެ ސަބަބުން އެމީހުން ގިނަގިނައިން ރޯހުރިކަމެވެ!

Verse 83

فَإِن رَّجَعَكَ ٱللَّهُ إِلَىٰ طَآئِفَةٍ مِّنْهُمْ فَٱسْتَـْٔذَنُوكَ لِلْخُرُوجِ فَقُل لَّن تَخْرُجُوا۟ مَعِىَ أَبَدًا وَلَن تُقَـٰتِلُوا۟ مَعِىَ عَدُوًّا ۖ إِنَّكُمْ رَضِيتُم بِٱلْقُعُودِ أَوَّلَ مَرَّةٍ فَٱقْعُدُوا۟ مَعَ ٱلْخَـٰلِفِينَ

Transliteration fa-in rajaʿaka l-lahu ilā ṭāifatin min'hum fa-is'tadhanūka lil'khurūji faqul lan takhrujū maʿiya abadan walan tuqātilū maʿiya ʿaduwwan innakum raḍītum bil-quʿūdi awwala marratin fa-uq'ʿudū maʿa l-khālifīna

Dhivehi (އޭ رسول ﷲ އެވެ!) ފަހެ ﷲ تعالى، އެ منافق ންގެ ކޮންމެވެސް جماعة އެއްގެ ގާތަށް ކަލޭގެފާނު އަނބުރާ ފޮނުއްވައިފިއްޔާ (އެބަހީ: ހަނގުރާމައިން އަނބުރާ ވަޑައިގަތުމަށްފަހު) އެމީހުން (ހަނގުރާމައަށް) ނުކުތުމަށް ކަލޭގެފާނުންގެ އަރިހުން އިޒުނަ އެދޭނެއެވެ. ފަހެ ކަލޭގެފާނު (އެމީހުނަށް) ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ އަރިހުގައި ދުވަހަކުވެސް ކަލޭމެން (ހަނގުރާމައަށް) ނުނިކުންނާނެއެވެ! އަދި ތިމަންކަލޭގެފާނު އަރިހުގައި ދުވަހަކުވެސް ކަލޭމެން عدوّ ންނާއި ހަނގުރާމަ ނުކުރާނެއެވެ! އެހެނީ ހަމަކަށަވަރުން ކަލޭމެން ފުރަތަމަފަހަރު (تَبُوك ހަނގުރާމައަށް ދިއުމަށް) ނުނުކުމެ ގޭގައި އިށީނދެތިބުމަށް ރުހުނީއެވެ. (ނުނުކުތީމުއެވެ.) ފަހެ ހަނގުރާމައަށް ނުގޮސް ފަހަތަށް ޖެހުނު މީހުންނާއިއެކު ކަލޭމެންވެސް (ގޭގައި) އިށީނދެ ތިބޭށެވެ.

Verse 84

وَلَا تُصَلِّ عَلَىٰٓ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِۦٓ ۖ إِنَّهُمْ كَفَرُوا۟ بِٱللَّهِ وَرَسُولِهِۦ وَمَاتُوا۟ وَهُمْ فَـٰسِقُونَ

Transliteration walā tuṣalli ʿalā aḥadin min'hum māta abadan walā taqum ʿalā qabrihi innahum kafarū bil-lahi warasūlihi wamātū wahum fāsiqūna

Dhivehi (އޭ رسول ﷲ އެވެ!) އެމީހުންގެ ތެރެއިން - (އެބަހީ: އެ منافق ންގެތެރެއިން) މަރުވެއްޖެ އެކެއްގެ މައްޗަށްވެސް ކަލޭގެފާނު (ކަށު) ނަމާދު ނުކުރައްވާށެވެ! އަދި އެމީހާގެ ކަށުކަމާކެމީގެ ކަންތަކުގައި قائم ވެވަޑައި ނުގަންނަވާށެވެ! ހަމަކަށަވަރުން އެމީހުން ﷲ އަށާއި އެކަލާނގެ رسول އާއަށް ކާފަރުވީއެވެ. އަދި އެމީހުން އެމަރުވީ فاسق ންކަމުގައިވާ حال ގައެވެ.

Verse 85

وَلَا تُعْجِبْكَ أَمْوَٰلُهُمْ وَأَوْلَـٰدُهُمْ ۚ إِنَّمَا يُرِيدُ ٱللَّهُ أَن يُعَذِّبَهُم بِهَا فِى ٱلدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَـٰفِرُونَ

Transliteration walā tuʿ'jib'ka amwāluhum wa-awlāduhum innamā yurīdu l-lahu an yuʿadhibahum bihā fī l-dun'yā watazhaqa anfusuhum wahum kāfirūna

Dhivehi އަދި އެމީހުންގެ މުދަލާއި ދަރީނުން ކަލޭގެފާނު عجائب ވިޔަނުދެއްވާށެވެ! ﷲ تعالى އެދިވޮޑިގަންނަވާކަން ކަށަވަރީ އެތަކެތީން އެމީހުންނަށް ދުނިޔޭގައި عذاب ދެއްވުމަށެވެ. އަދި އެމީހުން ކާފަރުންކަމުގައިވާ حال އެމީހުންގެ ފުރާނަތައް ނުކުތުމަށެވެ. (މަރުވުމަށެވެ.)

Verse 86

وَإِذَآ أُنزِلَتْ سُورَةٌ أَنْ ءَامِنُوا۟ بِٱللَّهِ وَجَـٰهِدُوا۟ مَعَ رَسُولِهِ ٱسْتَـْٔذَنَكَ أُو۟لُوا۟ ٱلطَّوْلِ مِنْهُمْ وَقَالُوا۟ ذَرْنَا نَكُن مَّعَ ٱلْقَـٰعِدِينَ

Transliteration wa-idhā unzilat sūratun an āminū bil-lahi wajāhidū maʿa rasūlihi is'tadhanaka ulū l-ṭawli min'hum waqālū dharnā nakun maʿa l-qāʿidīna

Dhivehi އަދި ﷲ އަށް އީމާންވުމަށާއި އެކަލާނގެ رسول އާގެ އަރިހުގައި جهاد ކުރުމަށް (أمر ކުރާ) ސޫރަތެއް ބާވައިލައްވައިފިއްޔާ އެމީހުންގެތެރޭގައިވާ ފައިސާވެރި މުއްސަނދި ފޯރުންތެރިން (ހަނގުރާމައަށް ނުގޮސްތިބުމަށް) ކަލޭގެފާނުންގެ އަރިހުން އިޒުނަ އެދޭނެއެވެ. އަދި އެމީހުން ބުނާނެއެވެ. (ހަނގުރާމައަށް ނުގޮސް) އިށީނދެތިބޭ މީހުނާއެކު ގޭގައިތިބޭ މީހުނާއެކު އަހުރެމެންވެސް ތިބުމަށް ދޫކޮށްލައްވާށެވެ!

Verse 87

رَضُوا۟ بِأَن يَكُونُوا۟ مَعَ ٱلْخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ

Transliteration raḍū bi-an yakūnū maʿa l-khawālifi waṭubiʿa ʿalā qulūbihim fahum lā yafqahūna

Dhivehi (ހަނގުރާމައަށް ނުގޮސް) ފަސްވެފައިތިބޭ މީހުންނާއިއެކު ތިބުމަށް އެމީހުން ރުހުނީއެވެ. އަދި އެމީހުންގެ ހިތްތަކުގައި ސިއްކަޖެހުނީއެވެ. ފަހެ ދެން އެމީހުނަކަށް ނުވިސްނޭނެއެވެ.

Verse 88

لَـٰكِنِ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ جَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۚ وَأُو۟لَـٰٓئِكَ لَهُمُ ٱلْخَيْرَٰتُ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

Transliteration lākini l-rasūlu wa-alladhīna āmanū maʿahu jāhadū bi-amwālihim wa-anfusihim wa-ulāika lahumu l-khayrātu wa-ulāika humu l-muf'liḥūna

Dhivehi އެހެނެއްކަމަކު رسول އާއި އެކަލޭގެފާނުންގެ އަރިހުގައި އީމާންވެގެންވާ މީހުން - އެބޭކަލުންގެ މުދަލާއި ޖާނުން އެބޭކަލުން جهاد ކުރެއްވިއެވެ. ފަހެ އެބޭކަލުންނަށް ހުރީ ހަމަ ހެވެވެ. އަދި އެބޭކަލުން އެއީ ކަނޑައެޅިގެން ކާމިޔާބުވެ ނަސީބު ލިބިގެންވާ ބޭކަލުންނެވެ.

Verse 89

أَعَدَّ ٱللَّهُ لَهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

Transliteration aʿadda l-lahu lahum jannātin tajrī min taḥtihā l-anhāru khālidīna fīhā dhālika l-fawzu l-ʿaẓīmu

Dhivehi ﷲ تعالى އެބޭކަލުންނަށް - އެތަންތާނގެ ދަށުން އާރުތައް ދެމިދެމި އޮންނަ ބަގީޗާތަކެއް - ސުވަރުގެތަކެއް ތައްޔާރު ކުރެއްވިއެވެ. އެތަންތާ އެބޭކަލުން ދެމިތިއްބަވާނެއެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

Verse 90

وَجَآءَ ٱلْمُعَذِّرُونَ مِنَ ٱلْأَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ ٱلَّذِينَ كَذَبُوا۟ ٱللَّهَ وَرَسُولَهُۥ ۚ سَيُصِيبُ ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابٌ أَلِيمٌ

Transliteration wajāa l-muʿadhirūna mina l-aʿrābi liyu'dhana lahum waqaʿada alladhīna kadhabū l-laha warasūlahu sayuṣību alladhīna kafarū min'hum ʿadhābun alīmun

Dhivehi ދުރުރަށްރަށުގައި - އެބަހީ بَادِيِة ގައި އުޅޭ މީހުން يعني: أعراب ން (އެމީހުން ހަނގުރާމައަށް ނުގޮސްތިބުމަށް) އެމީހުންނަށް އެކަލޭގެފާނު - އެބަހީ رسول ﷲ ﷺ އިޒުނަދެއްވައިތޯ عذر ތައް ދައްކާމީހުންގަނޑު އަތުވެއްޖެއެވެ. (އެއީ تَبُوك ހަނގުރާމައަށް ނުދާންވެގެންނެވެ.) އަދި ﷲ އާއި رسول އާ ދޮގުކުރިމީހުން - يعني: ﷲ އާއި އެކަލާނގެ رسول އާ އަށް ދޮގުހެދިމީހުން (ދޮގު عذر ދެއްކި މީހުން) ދަންނައެވެ! އެމީހުން ހަނގުރާމައަށް ނުގޮސްތިބީއެވެ. އެމީހުންގެތެރެއިން ކާފަރުވެއްޖެ މީހުންނަށް ނިކަންހުރެ ވޭންދެނިވި عذاب އެއް ޖެހޭހުއްޓެވެ.

Verse 91

لَّيْسَ عَلَى ٱلضُّعَفَآءِ وَلَا عَلَى ٱلْمَرْضَىٰ وَلَا عَلَى ٱلَّذِينَ لَا يَجِدُونَ مَا يُنفِقُونَ حَرَجٌ إِذَا نَصَحُوا۟ لِلَّهِ وَرَسُولِهِۦ ۚ مَا عَلَى ٱلْمُحْسِنِينَ مِن سَبِيلٍ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

Transliteration laysa ʿalā l-ḍuʿafāi walā ʿalā l-marḍā walā ʿalā alladhīna lā yajidūna mā yunfiqūna ḥarajun idhā naṣaḥū lillahi warasūlihi mā ʿalā l-muḥ'sinīna min sabīlin wal-lahu ghafūrun raḥīmun

Dhivehi ضَعِيْفُ ންގެ މައްޗަކަށް ނުވެއެވެ. އެބަހީ: ބަލިކަށި ވަރުދެރަމީހުންގެމައްޗަކަށް ކުށެއްނެތެވެ. އަދި ބަލިމީހުންގެ މައްޗަކަށްވިޔަސް އަދި ތިމާމެން خرد ކުރާނޭ އެއްޗެއް ނުލިބުނު މީހުންގެ މައްޗަށްވިޔަސް އެމީހުން ﷲ އާއި އެކަލާނގެ رسول އާއަށް إخلاص ތެރިވެގެންވަންޏާ (ހަނގުރާމައަށް ނުދިއުމަކުން) އެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އެއީ عذر ވެރިންނެވެ. ﷲ އަށާއި އެކަލާނގެ رسول އާއަށް إخلاص ތެރިވެގެންވަންޏާ إحسان ތެރިންނަށް عقوبة ދެއްވުމުގެ އެއްވެސް މަގެއް ނެތެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 92

وَلَا عَلَى ٱلَّذِينَ إِذَا مَآ أَتَوْكَ لِتَحْمِلَهُمْ قُلْتَ لَآ أَجِدُ مَآ أَحْمِلُكُمْ عَلَيْهِ تَوَلَّوا۟ وَّأَعْيُنُهُمْ تَفِيضُ مِنَ ٱلدَّمْعِ حَزَنًا أَلَّا يَجِدُوا۟ مَا يُنفِقُونَ

Transliteration walā ʿalā alladhīna idhā mā atawka litaḥmilahum qul'ta lā ajidu mā aḥmilukum ʿalayhi tawallaw wa-aʿyunuhum tafīḍu mina l-damʿi ḥazanan allā yajidū mā yunfiqūna

Dhivehi އަދި އެބަޔަކު (އަރައިގެންދާނޭ ސަވާރިއެއް ނެތިގެން) ކަލޭގެފާނުންގެ އަރިހަށް އައިސް އެމީހުން އުފުލައިދެއްވާ (ގެންގޮސްދެއްވުމަށް) އެދި ދެންނެވީމާ، ކަލޭމެން އުފުލައިގެން ގެންގޮސްދޭނޭ ސަވާރީއެއް ތިމަންކަލޭގެފާނުންގެ އަރިހުގައި ނެތޭ ވިދާޅުވުމުން އެމީހުން ހޭދަކުރާނޭ އެއްޗެއް ނެތިގެން އެކަމާ ހިތާމައިން އަނބުރާ ދިޔައިރު އެމީހުންގެ ލޯތަކުން ކަރުނަ އޮހޮރޭ حال ދިޔަމީހުންގެ މައްޗަކަށްވެސް ކުށެއްނެތެވެ. (އެއީވެސް عذر ވެރިބައެކެވެ.)

Verse 93

۞ إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَسْتَـْٔذِنُونَكَ وَهُمْ أَغْنِيَآءُ ۚ رَضُوا۟ بِأَن يَكُونُوا۟ مَعَ ٱلْخَوَالِفِ وَطَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَعْلَمُونَ

Transliteration innamā l-sabīlu ʿalā alladhīna yastadhinūnaka wahum aghniyāu raḍū bi-an yakūnū maʿa l-khawālifi waṭabaʿa l-lahu ʿalā qulūbihim fahum lā yaʿlamūna

Dhivehi ކުށްވެރިވެ عقوبة ލިބޭނެމަގެއް އޮތްކަން ކަށަވަރުވާ ބަޔަކީ އެބަޔަކު ފޯރުންތެރި މުއްސަނދިންކަމުގައިވާ حال (ހަނގުރާމައަށް ނުގޮސްތިބުމަށް) ކަލޭގެފާނުންގެ އަރިހުން އިޒުނަ އެދޭމީހުންނެވެ. (އަދި އެކިއެކި عذر އާއިހުރެ) ހަނގުރާމައަށް ނުގޮސްތިބި މީހުންނާއިއެކު ތިބުމަށް އެބައިގައިވުމަށް އެމީހުން ރުހުނުމީހުންނެވެ. އަދި ﷲ تعالى އެމީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައިފިއެވެ. (އެއީ އެމީހުންގެ ފާފައިގެ ސަބަބުންނެވެ. ފަހެ އެމީހުންނަކަށް (އެކަމުގައި ހުރި ފާފަޔާއި ގެއްލުމެއް) ނޭނގެއެވެ.

Verse 94

يَعْتَذِرُونَ إِلَيْكُمْ إِذَا رَجَعْتُمْ إِلَيْهِمْ ۚ قُل لَّا تَعْتَذِرُوا۟ لَن نُّؤْمِنَ لَكُمْ قَدْ نَبَّأَنَا ٱللَّهُ مِنْ أَخْبَارِكُمْ ۚ وَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُۥ ثُمَّ تُرَدُّونَ إِلَىٰ عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

Transliteration yaʿtadhirūna ilaykum idhā rajaʿtum ilayhim qul lā taʿtadhirū lan nu'mina lakum qad nabba-anā l-lahu min akhbārikum wasayarā l-lahu ʿamalakum warasūluhu thumma turaddūna ilā ʿālimi l-ghaybi wal-shahādati fayunabbi-ukum bimā kuntum taʿmalūna

Dhivehi (އޭ مؤمن ންނޭވެ!) ކަލޭމެން ހަނގުރާމައިން ނިމިގެން އެ منافق ންގެ ގާތަށް (ރަށަށް) އަތުވެއްޖެއްޔާ އެމީހުން ކަލޭމެންގެ ކައިރިޔަށް އައިސް عذر ދައްކާނެއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން عذر ނުދައްކާށެވެ! އަހުރެމެން ކަލޭމެންގެ ބަހެއް قبول އެއް ނުކުރާނަމެވެ. ހަމަކަށަވަރުން ކަލޭމެންގެ خبر ތައް ﷲ އަހުރެމެންނަށް އަންގަވައިފިއެވެ. އަދި ނިކަންހުރެ ކަލޭމެންގެ عمل ތަކަށް ﷲ އާއި އެކަލާނގެ رسول އާވެސް ބައްލަވާނެއެވެ. (އެއީ ކަލޭމެން توبة ވެގެން ރަނގަޅުވޭތޯ ނުވަތަ نفاق ކަންމަތީ ދެމިތިބެނީތޯ؟ މިގޮތްގޮތް ބައްލަވާނެއެވެ. ދެން (މަރުވުމަށްފަހު) ސިއްރާއި ފައުޅު ދެނެވޮޑިގެންވާ ކަލާނގެ حضرة އަށް ރައްދުކުރެވޭނެއެވެ. ފޮނުވާނެއެވެ. ދެން އެކަލާނގެ ކަލޭމެން ކުރާކަމުގައިވީކަންތައްތަކުގެ خبر ކަލޭމެނަށް އަންގަވާނެއެވެ. (އަދި އޭގެ ފުރިހަމަ ޖަޒާވެސް ދެއްވާނެއެވެ.)

Verse 95

سَيَحْلِفُونَ بِٱللَّهِ لَكُمْ إِذَا ٱنقَلَبْتُمْ إِلَيْهِمْ لِتُعْرِضُوا۟ عَنْهُمْ ۖ فَأَعْرِضُوا۟ عَنْهُمْ ۖ إِنَّهُمْ رِجْسٌ ۖ وَمَأْوَىٰهُمْ جَهَنَّمُ جَزَآءًۢ بِمَا كَانُوا۟ يَكْسِبُونَ

Transliteration sayaḥlifūna bil-lahi lakum idhā inqalabtum ilayhim lituʿ'riḍū ʿanhum fa-aʿriḍū ʿanhum innahum rij'sun wamawāhum jahannamu jazāan bimā kānū yaksibūna

Dhivehi ކަލޭމެން (مؤمن ން ހަނގުރާމަ ނިމިގެން) އެ منافق ންގެ ގާތަށް އާދެވިއްޖެއްޔާ ކަލޭމެނަށްޓަކައި އެމީހުން ﷲ ގަންދީ ހުވައިކުރާނެއެވެ. (އެއީ ދޮގު އަދި باطل عذر ތައް ދައްކާފައެވެ. އެއީ ކަލޭމެން مؤمن ން އެމީހުންނާ ނުބެހި އެމީހުންނަށް ހުތުރުއެއްޗެތި ނުކިއުމަށެވެ. އެމީހުންގެ ކިބައިން ދުރުވެގަތުމަށެވެ. ފަހެ ކަލޭމެން (مؤمن ން) އެމީހުން (އެތިބިގޮތުގެ މައްޗަށް) އެމީހުނާ ނުބެހި ދޫކޮށްލާށެވެ! ހަމަކަށަވަރުން އެމީހުންނަކީ ނަޖިހެވެ. އެމީހުންގެ އެންމެހައި عمل އަކީ ހުތުރު އަދި باطل عمل އެވެ. (އަދި قيامة ދުވަހުން) އެމީހުންގެ ޖާގަޔަކީ ނަރަކައެވެ. އެއީ އެމީހުން ކުރާކަމުގައިވީ ކަންތަކުގެ ޖަޒާއެއްގެގޮތުންނެވެ. (ހޯދައިގަތް ފާފައިގެ ސަބަބުންނެވެ.)

Verse 96

يَحْلِفُونَ لَكُمْ لِتَرْضَوْا۟ عَنْهُمْ ۖ فَإِن تَرْضَوْا۟ عَنْهُمْ فَإِنَّ ٱللَّهَ لَا يَرْضَىٰ عَنِ ٱلْقَوْمِ ٱلْفَـٰسِقِينَ

Transliteration yaḥlifūna lakum litarḍaw ʿanhum fa-in tarḍaw ʿanhum fa-inna l-laha lā yarḍā ʿani l-qawmi l-fāsiqīna

Dhivehi އެމީހުން ކަލޭމެނަށް ހުވައިކުރާނެއެވެ. އެއީ އެމީހުންގެ باطل އަދި ދޮގު عذر (ތައް ތެދުކުރުވުމަށެވެ.) އެމީހުންގެ އެކަމުގެ مقصد އަކީ އެމީހުންދެކެ ކަލޭމެން ރުހުމެވެ. ފަހެ ކަލޭމެން އެމީހުންދެކެ ރުހުނަސް فاسق ބަޔަކަށް ﷲ ރުހިވޮޑިނުގަންނަވައެވެ. (އެއީ قاسق ބައެކެވެ.)

Verse 97

ٱلْأَعْرَابُ أَشَدُّ كُفْرًا وَنِفَاقًا وَأَجْدَرُ أَلَّا يَعْلَمُوا۟ حُدُودَ مَآ أَنزَلَ ٱللَّهُ عَلَىٰ رَسُولِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

Transliteration al-aʿrābu ashaddu kuf'ran wanifāqan wa-ajdaru allā yaʿlamū ḥudūda mā anzala l-lahu ʿalā rasūlihi wal-lahu ʿalīmun ḥakīmun

Dhivehi (މަދީނާއާއި) ދުރު ރަށްރަށުގައި އުޅޭ عربى ން ކާފަރުކަމާއި منافق ކަން މާގަދައެވެ. އަދި ﷲ تعالى އެކަލާނގެ رسول އާގެމައްޗަށް ބާވައިލެއްވިތަކެތީގެ حدّ ތައް - އެބަހީ: حكم ތަކާއި سنّة ތައް ނޭނގުންވެސް މާއެކަށީގެންވުން ބޮޑެވެ. (އެއީ: وحي ބާވައިލެއްވުނު ހިސާބާއި އެމީހުން އުޅޭ ހިސާބާއި ދުރުވުމުގެ ސަބަބުންނެވެ.) އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.

Verse 98

وَمِنَ ٱلْأَعْرَابِ مَن يَتَّخِذُ مَا يُنفِقُ مَغْرَمًا وَيَتَرَبَّصُ بِكُمُ ٱلدَّوَآئِرَ ۚ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ

Transliteration wamina l-aʿrābi man yattakhidhu mā yunfiqu maghraman wayatarabbaṣu bikumu l-dawāira ʿalayhim dāiratu l-sawi wal-lahu samīʿun ʿalīmun

Dhivehi އަދި أعرابى ންގެތެރޭގައި އެމީހުން އަތުން (مشرك ންނާއި ހަނގުރާމަ ކުރުމަށް) ނެގެވޭ ތަކެތި އެއީ ނެގެވޭ ޓެކުހެއްކަމަށާއި ގެއްލުމެއްކަމަށް ހިމަނާ މީހުންވެއެވެ. އެގޮތަށް ދެކޭ މީހުންވެއެވެ. އަދި ކަލޭމެން مؤمن ންނާއިމެދު ނުބައިގޮތްތަކާއި مصيبة ތައް ދިމާވުމަށް އެދި އެކަމަށް إنتظار ކޮށްކޮށް ތިބޭމީހުންވެއެވެ. ނުބައި ގޮތްތަކާއި مصيبة ތައްހުރީ ހަމައެމީހުންގެ މައްޗަށެވެ. އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 99

وَمِنَ ٱلْأَعْرَابِ مَن يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَـٰتٍ عِندَ ٱللَّهِ وَصَلَوَٰتِ ٱلرَّسُولِ ۚ أَلَآ إِنَّهَا قُرْبَةٌ لَّهُمْ ۚ سَيُدْخِلُهُمُ ٱللَّهُ فِى رَحْمَتِهِۦٓ ۗ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

Transliteration wamina l-aʿrābi man yu'minu bil-lahi wal-yawmi l-ākhiri wayattakhidhu mā yunfiqu qurubātin ʿinda l-lahi waṣalawāti l-rasūli alā innahā qur'batun lahum sayud'khiluhumu l-lahu fī raḥmatihi inna l-laha ghafūrun raḥīmun

Dhivehi އަދި أعرابى ންގެތެރޭގައި ﷲ އަށާއި آخرة ދުވަހަށް އީމާންވާމީހުންވެއެވެ. އަދި އެމީހުން އަތުން (مشرك ންނާއި ހަނގުރާމަ ކުރުމަށް) ނެގެވޭތަކެތި - އެމީހުން އެކަމަށް ކުރާ ހޭދަ އެއީ ﷲ ގެ حضرة އަށްވާ ކުއްތަންވުންތަކެއްކަމުގައި ހިމަނާ މީހުން - އެގޮތަށް ދެކޭމީހުންވެއެވެ. އަދި رسول ﷲ (ﷺ) ގެ دعاء ފުޅާއި އަދި އޭނާގެ ފާފަފުއްސެވުމަށް އެދިވަޑައިގެންނެވުމެއް ކަމުގައިދެކެއެވެ. ކަލޭމެން ދަންނާށެވެ! އެއީ ހަމަކަށަވަރުން އެމީހުންނަށް ﷲ ގެ حضرة ންވާ ކުށްތަންވުމެކެވެ. ނިކަންހުރެ ﷲ تعالى އެމީހުން އެކަލާނގެ رحمة ގެތެރެއަށް ވައްދަވާހުއްޓެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 100

وَٱلسَّـٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَـٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَـٰنٍ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّـٰتٍ تَجْرِى تَحْتَهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

Transliteration wal-sābiqūna l-awalūna mina l-muhājirīna wal-anṣāri wa-alladhīna ittabaʿūhum bi-iḥ'sānin raḍiya l-lahu ʿanhum waraḍū ʿanhu wa-aʿadda lahum jannātin tajrī taḥtahā l-anhāru khālidīna fīhā abadan dhālika l-fawzu l-ʿaẓīmu

Dhivehi مهاجرىّ ބޭކަލުންނާއި أنصارىّ ބޭކަލުންކުރެ (إسلام دين އާއި إيمان ކަމަށް) އިސްވެގަތް ބޭބޭކަލުންނާއި އަދި ރަނގަޅު ހެޔޮ إحسان ތެރިގޮތުގައި އެބޭކަލުންނާއި تبع ވީމީހުންނަށް ﷲ ރުއްސުންލައްވައިފިއެވެ. އަދި އެބޭކަލުން އެކަލާނގެއަށް ރުހިގެންވެއެވެ. އަދި އެތަންތާނގެ ދަށުން އާރުތައް ދެމޭ ބަގީޗާތަކެއް އެބަހީ ސުވަރުގެތަކެއް އެކަލާނގެ އެބޭކަލުންނަށް ތައްޔާރުކުރެއްވިއެވެ. އެބޭކަލުން އެތާނގައި ދާއިމީގޮތެއްގައި ދެމިތިއްބަވާނެއެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

Verse 101

وَمِمَّنْ حَوْلَكُم مِّنَ ٱلْأَعْرَابِ مُنَـٰفِقُونَ ۖ وَمِنْ أَهْلِ ٱلْمَدِينَةِ ۖ مَرَدُوا۟ عَلَى ٱلنِّفَاقِ لَا تَعْلَمُهُمْ ۖ نَحْنُ نَعْلَمُهُمْ ۚ سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ

Transliteration wamimman ḥawlakum mina l-aʿrābi munāfiqūna wamin ahli l-madīnati maradū ʿalā l-nifāqi lā taʿlamuhum naḥnu naʿlamuhum sanuʿadhibuhum marratayni thumma yuraddūna ilā ʿadhābin ʿaẓīmin

Dhivehi (އޭ مؤمن ންނޭވެ!) ކަލޭމެންގެ ވަށަވަށައިގެންވާ ދުރު ރަށްރަށުގައި ދިރިއުޅޭ أعراب ންގެތެރޭގައި منافق ންވެއެވެ. އަދި مدينة ގެ أهل ވެރިންގެތެރޭގައިވެސް منافق ންވެއެވެ. އެމީސްމީހުން منافق ކަންމަތީ ثابت ވެ ދެމިތިބެއެވެ. އެމީހުންނަކީ ކޮންބައެއްކަމެއް ކަލޭމެންނަކަށް ނޭނގޭނެއެވެ. ތިމަންރަސްކަލާނގެ އެމީހުން ދެނެވޮޑިގަންނަވަމެވެ. ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުންނަށް ދެފަހަރަށް عذاب ދެއްވާހުށީމެވެ. (ބުނެވެނީ އެއީ އެއްފަހަރު ދުނިޔޭގައި އަނެއްފަހަރު ކަށްވަޅުގައިކަމަށެވެ. އަދި މިނޫންގޮތްގޮތަށްވެސް ބުނެވުނެވެ. والله أعلم) ދެން އަދި ބޮޑުވެގެންވާ عذاب އަށް - (ނަރަކައިގެ عذاب އަށް) އެމީހުން ފޮނުވޭހުއްޓެވެ.

Verse 102

وَءَاخَرُونَ ٱعْتَرَفُوا۟ بِذُنُوبِهِمْ خَلَطُوا۟ عَمَلًا صَـٰلِحًا وَءَاخَرَ سَيِّئًا عَسَى ٱللَّهُ أَن يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

Transliteration waākharūna iʿ'tarafū bidhunūbihim khalaṭū ʿamalan ṣāliḥan waākhara sayyi-an ʿasā l-lahu an yatūba ʿalayhim inna l-laha ghafūrun raḥīmun

Dhivehi އަނެއްބަޔަކީ - އެބަހީ: ހަނގުރާމައަށް ނުގޮސްތިބި މީހުންކުރެ އަނެއްބަޔަކީ - އެމީހުން އެމީހުންގެ ފާފަތަކަށް إعتراف ވީމީހުންނެވެ. އެމީހުން صالح عمل އާއި އަދި ނުބައި عمل އެއްކޮށް މައްސުނި ކުރީއެވެ. (އެމީހުންގެ صالح عمل އެއްކަމުގައި ބެލެވެނީ އެމީހުން ކުށަށް إعتراف ވުމާއި توبة ވުމެވެ. އަދި ނުބައި عمل އެއްކަމުގައި ބެލެވެނީ رسول ﷲ ﷺ ގެ އަރިހުގައި ހަނގުރާމައަށް ނުގޮސް ތިބުމާއި ހަނގުރާމައިގައި ބައިވެރި ނުވުމެވެ.) ﷲ އެމީހުންނަށް توبة ލެއްވުން أمّيد ކުރެވެއެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 103

خُذْ مِنْ أَمْوَٰلِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَوٰتَكَ سَكَنٌ لَّهُمْ ۗ وَٱللَّهُ سَمِيعٌ عَلِيمٌ

Transliteration khudh min amwālihim ṣadaqatan tuṭahhiruhum watuzakkīhim bihā waṣalli ʿalayhim inna ṣalataka sakanun lahum wal-lahu samīʿun ʿalīmun

Dhivehi (އޭ رسول ﷲ އެވެ!) އެމީހުންގެ މުދަލުން - އެބަހީ: ކުށަށް إعتراف ވީ މީހުންގެ މުދަލުން ކަލޭގެފާނު صدقة އެއް ނަންގަވާށެވެ! އެއީ އެމީހުން طاهر ކޮށް ސާފުކުރެއްވުމަށެވެ. އަދި ކަލޭގެފާނު އެމީހުންގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެން دعاءފުޅު ކޮށްދެއްވާށެވެ! ހަމަކަށަވަރުން ކަލޭގެފާނުންގެ دعاء ފުޅު އެއީ އެމީހުންނަށްވާ ހަމަޖެހުމެކެވެ. (އެއީ ﷲ އެމީހުންނަށް عفو ކުރެއްވުމުގެ މައްޗަށް دليل ކުރާނެކަމެކެވެ.) އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 104

أَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ هُوَ يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَأْخُذُ ٱلصَّدَقَـٰتِ وَأَنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ

Transliteration alam yaʿlamū anna l-laha huwa yaqbalu l-tawbata ʿan ʿibādihi wayakhudhu l-ṣadaqāti wa-anna l-laha huwa l-tawābu l-raḥīmu

Dhivehi ﷲ އެއީ އެކަލާނގެ އަޅުތަކުންގެ توبة قبول ކުރައްވާ އަދި صدقة ނަންގަވާ ކަލާނގެކަން އެމީހުންނަށް ނޭނގޭބާވައެވެ؟ އަދި ހަމަކަށަވަރުން ﷲ އެއީ ކަނޑައެޅިގެން توبة ލެއްވުން ގިނަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 105

وَقُلِ ٱعْمَلُوا۟ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُۥ وَٱلْمُؤْمِنُونَ ۖ وَسَتُرَدُّونَ إِلَىٰ عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

Transliteration waquli iʿ'malū fasayarā l-lahu ʿamalakum warasūluhu wal-mu'minūna wasaturaddūna ilā ʿālimi l-ghaybi wal-shahādati fayunabbi-ukum bimā kuntum taʿmalūna

Dhivehi (އަދި އޭ رسول ﷲ އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ކަލޭމެން عمل ކުރާށެވެ! ނިކަންހުރެ ﷲ ކަލޭމެންގެ عمل ދެކެވޮޑިގަންނަވާނެއެވެ. އަދި އެކަލާނގެ رسول އާވެސް ދެކެވަޑައިގަންނަވާނެއެވެ. އަދި مؤمن ންވެސް ދެކޭނެއެވެ. އަދި غيب ގައިވާ ކަންތަކާއި ފައުޅުގައިވާ ކަންތައްތައްވެސް ދެނެވޮޑިގެންވާ ކަލާނގެ حضرة އަށް ކަލޭމެން ރައްދުކުރެވޭނެއެވެ. ދެންފަހެ ކަލޭމެންކުރާ ކަމުގައިވީ ކަންތައްތަކުގެ خبر އެކަލާނގެ ކަލޭމެނަށް އަންގަވާނެއެވެ.

Verse 106

وَءَاخَرُونَ مُرْجَوْنَ لِأَمْرِ ٱللَّهِ إِمَّا يُعَذِّبُهُمْ وَإِمَّا يَتُوبُ عَلَيْهِمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

Transliteration waākharūna mur'jawna li-amri l-lahi immā yuʿadhibuhum wa-immā yatūbu ʿalayhim wal-lahu ʿalīmun ḥakīmun

Dhivehi (تبوك ހަނގުރާމައަށް ނުގޮސްތިބި މީހުންކުރެ) އަނެއްބަޔަކު ދަންނައެވެ! ﷲ ގެ أمر ފުޅު އަންނާންދެން އެމީހުންގެ ކަންތައް ފަސްކުރެވިގެންވެއެވެ. އެހެންޏާ އެކަލާނގެ އެމީހުންނަށް عذاب ދެއްވުމެވެ. އެހެންޏާ އެކަލާނގެ އެމީހުންގެ މައްޗަށް توبة ލެއްވުމެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ.

Verse 107

وَٱلَّذِينَ ٱتَّخَذُوا۟ مَسْجِدًا ضِرَارًا وَكُفْرًا وَتَفْرِيقًۢا بَيْنَ ٱلْمُؤْمِنِينَ وَإِرْصَادًا لِّمَنْ حَارَبَ ٱللَّهَ وَرَسُولَهُۥ مِن قَبْلُ ۚ وَلَيَحْلِفُنَّ إِنْ أَرَدْنَآ إِلَّا ٱلْحُسْنَىٰ ۖ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَـٰذِبُونَ

Transliteration wa-alladhīna ittakhadhū masjidan ḍirāran wakuf'ran watafrīqan bayna l-mu'minīna wa-ir'ṣādan liman ḥāraba l-laha warasūlahu min qablu walayaḥlifunna in aradnā illā l-ḥus'nā wal-lahu yashhadu innahum lakādhibūna

Dhivehi އަދި (مؤمن ންނަށް) އުނދަގޫކޮށް ދަތިކުރުމަށާއި ކާފަރުވުމަށާއި مؤمن ންގެ ދެމެދު ވަކިކޮށް ބައިބައިކުރުމަށާއި އަދި މީގެކުރިން ﷲ އަށާއި އެކަލާނގެ رسول އާ އާއި ހަނގުރާމަ ކުރިމީހަކު އައުމުގެ إنتظار ގައި މިސްކިތެއް ބިނާކޮށް ހެދިމީހުންނަކީވެސް منافق ންކުރެ ބައެކެވެ. އަދި އެމީހުން ﷲ ގަންދީ ހުވައިކޮށްފާ ބުނެއެވެ. އަހުރެމެން މިކަމުގައި ހަމަ ހެޔޮނޫނީ ނޭދެމެވެ. އަދި އެހެނެއްކަމަކު އެމީހުން އެއީ ކަނޑައެޅިގެން ދޮގުވެރިންކަމުގައި ﷲ ހެކިވެވޮޑިގަންނަވައެވެ. • ދަންނައެވެ. މި منافق ން މިބުނާ މިސްކިތެއް ހެދީ أَبُوعَامِرُ الرَّاهِب ކިޔާ މީހެއްގެ أمر އަށެވެ. އެއީ ﷲ އާއި رسول އާއި ދިމާ އިދިކޮޅު މީހެކެވެ. އޭނާ އެމީހުންނަށް ބުނީ ކަލޭމެން މިސްކިތް އަޅާ ތައްޔާރުކުރާށެވެ! އަހުރެން رُوم ކަރައިގެ قَيْصَرُ ކައިރިޔަށްގޮސް ސިފައިންނާއި ހަތިޔާރު ހިފައިގެން އައިސް محمّد ގެފާނާއި އެކަލޭގެފާނުންގެ أصحاب ން ނެރެލާނަމެވެ. އެމީހުން އޭނާގެ ބަސް އަހައި މިސްކިތެއް އެޅީއެވެ. އެމީހުން އެކަން ކުރިއިރު ބޭރުފުށަށް ދައްކަނީ فقير ން ތިބޭށާއި މުސާފިރުން ރޭކޮށްލާށާއި މީހުންނަށް އެހީވާން ހެދި ތަނެއްކަމުގައެވެ. (އެމިސްކިތް މަޝްހޫރުވެގެންވަނީ ضِرَارُ މިސްކިތުގެ ނަމުންނެވެ.) ނަމަވެސް އެމީހުން އެ إنتظار ކުރަނީ أبوعامر އައުމަށެވެ. ދެން މިސްކިތްއަޅާ ނިމުމުން - މިސްކިތް ހުޅުވުމަށް رسول ﷲ ﷺ އަށް އެމީހުން ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވީ ތިމަންކަލޭގެފާނު މިހާރު ހަނގުރާމައަށް ނުކުމެވަޑައިގަންނަވަނީކަމަށެވެ. ހަނގުރާމައިން އައިސް ތިޔަކަމާއި އުޅުއްވާނެކަމަށެވެ. ދެންފަހެ ހަނގުރާމައިން ނިމިވަޑައިގެން އެކަލޭގެފާނު ވަޑައިގެންނެވުމުގެ ކުރިން ﷲ تعالى އެމިސްކިތުގެ ހުރިހާ خبر ތަކެއް އެކަލޭގެފާނަށް އަންގަވައި ދުވަހަކުވެސް އެތާ قائم ވެވަޑައިނުގެންނެވުމަށް وحي ކުރެއްވިއެވެ. ދެން رسول ﷲ ﷺ ބަޔަކު ފޮނުއްވައި އެމިސްކިތް ހަލާކު ކުރައްވާ ނިންމައިލީއެވެ. އެކަމަށް إشارة ކުރައްވާ ﷲ وحي ކުރެއްވި ބަސްފުޅުގެތަރުޖަމާ މިވަނީއެވެ. = زيدة التفسير =

Verse 108

لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى ٱلتَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا۟ ۚ وَٱللَّهُ يُحِبُّ ٱلْمُطَّهِّرِينَ

Transliteration lā taqum fīhi abadan lamasjidun ussisa ʿalā l-taqwā min awwali yawmin aḥaqqu an taqūma fīhi fīhi rijālun yuḥibbūna an yataṭahharū wal-lahu yuḥibbu l-muṭahirīna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމިސްކިތުގައި ދުވަހަކުވެސް قائم ވެވަޑައިނުގަންނަވާށެވެ! (އެތާ އަޅުކަން ނުކުރައްވާށެވެ!) އެންމެފުރަތަމަ ދުވަހުވެސް تقوى ގެމައްޗަށް ބިންގާ އެޅުނު މިސްކިތުގައި ކަލޭގެފާނު قائم ވެވަޑައިގެންނެވުން މާ حقّ ކަންބޮޑެވެ. طاهر ވެގަތުމަށް ލޯބިކުރާ މީހުން އެމިސްކިތުގައި ވެއެވެ. އަދި طاهر ވާމީހުންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. • ދަންނައެވެ. މިބަޔާންކުރާ މިސްކިތަކީ مدينة ގެ قُبَاء މިސްކިތްކަމާއި المَسْجِدُ النَّبَوِى ކަމާއި މިކަމުގައި مفسّر ންގެ ބަސް ތަފާތުވެގެންވެއެވެ. ގިނަބޭކަލުން ބުރަވެލައްވަނީ އެއީ مسجد النّبوى ކަމަށެވެ. والله أعلم بالصّواب.

Verse 109

أَفَمَنْ أَسَّسَ بُنْيَـٰنَهُۥ عَلَىٰ تَقْوَىٰ مِنَ ٱللَّهِ وَرِضْوَٰنٍ خَيْرٌ أَم مَّنْ أَسَّسَ بُنْيَـٰنَهُۥ عَلَىٰ شَفَا جُرُفٍ هَارٍ فَٱنْهَارَ بِهِۦ فِى نَارِ جَهَنَّمَ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ

Transliteration afaman assasa bun'yānahu ʿalā taqwā mina l-lahi wariḍ'wānin khayrun am man assasa bun'yānahu ʿalā shafā jurufin hārin fa-in'hāra bihi fī nāri jahannama wal-lahu lā yahdī l-qawma l-ẓālimīna

Dhivehi އަޅެފަހެ ހެޔޮވެގެންވަނީ ﷲ ގެ حضرة ންވާ تقوى ވެރިކަމާއި އެކަލާނގެ ރުހިވޮޑިގަތުމުގެ މައްޗަށް - އެބަހީ އެކަލާނގެއަށް ކިޔަމަންތެރިވުމުގެ މައްޗަށް އެމީހާގެ ބިނާގެ ބިންގާ އެޅިމީހާ ހެއްޔެވެ؟ ނުވަތަ އެމީހާގެ ބިނާގެ ބިންގާ ފެންދެމޭ ވާދީއެއްގެ އެއްފަރާތު ތުންފަތްމަތީގައި ބިންގާއެޅި މީހާހެއްޔެވެ؟ ދެން އެމީހާއާއިގެން އެބިނާ ނަރަކައިގެ އަލިފާނުގެތެރެއަށް ވެއްޓިގެން ދިޔައީއެވެ. އަދި އަނިޔާވެރިންނަށް ﷲ تعالى ތެދުމަގު ނުދައްކަވާހުއްޓެވެ. (މިއާޔަތުން މި بيان ކޮށްދެއްވަނީ ﷲ ގެ ކިޔަމަނުގައި عمل ކުރިމީހާގެ عمل ގެ މިސާލާއި އެކަލާނގެއަށް އުރެދުމާއި މަގުފުރެދުމުގެ ތެރޭގައި عمل ކުރިމީހާގެ عمل އާ ދެމީހުންގެ عمل ގެ މިސާލެވެ. مسجد النّبوى އަކީ ﷲ އަށް طاعة އާއި ކިޔަމަނުގެ މަތީގައި ބިންގާއެޅެވުނު މިސްކިތެކެވެ. منافق ން ހެދި ضِرَارُ މިސްކިތަކީ އުރެދުމާއި މަގުފުރެދުމުގެ މައްޗަށް ބިންގާ އެޅެވުނު މިސްކިތެކެވެ.

Verse 110

لَا يَزَالُ بُنْيَـٰنُهُمُ ٱلَّذِى بَنَوْا۟ رِيبَةً فِى قُلُوبِهِمْ إِلَّآ أَن تَقَطَّعَ قُلُوبُهُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

Transliteration lā yazālu bun'yānuhumu alladhī banaw rībatan fī qulūbihim illā an taqaṭṭaʿa qulūbuhum wal-lahu ʿalīmun ḥakīmun

Dhivehi އެމީހުންގެ ހިތްތަކުގައި ޝައްކާއި وهم އުފެއްދި ބިނާ (އެމިސްކިތް) އެމީހުންގެ ހިތްތައް ކުދިކުދިވުމުން ފިލައިނުދެއެވެ. (ކުދިކުދިވުން މެނުވީ ނުވެއެވެ.) އަދި ﷲ އީ (އެ منافق ން އެތިބިގޮތް) މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަދި حكمة ވަންތަ ކަލާނގެއެވެ.

Verse 111

۞ إِنَّ ٱللَّهَ ٱشْتَرَىٰ مِنَ ٱلْمُؤْمِنِينَ أَنفُسَهُمْ وَأَمْوَٰلَهُم بِأَنَّ لَهُمُ ٱلْجَنَّةَ ۚ يُقَـٰتِلُونَ فِى سَبِيلِ ٱللَّهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّا فِى ٱلتَّوْرَىٰةِ وَٱلْإِنجِيلِ وَٱلْقُرْءَانِ ۚ وَمَنْ أَوْفَىٰ بِعَهْدِهِۦ مِنَ ٱللَّهِ ۚ فَٱسْتَبْشِرُوا۟ بِبَيْعِكُمُ ٱلَّذِى بَايَعْتُم بِهِۦ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ

Transliteration inna l-laha ish'tarā mina l-mu'minīna anfusahum wa-amwālahum bi-anna lahumu l-janata yuqātilūna fī sabīli l-lahi fayaqtulūna wayuq'talūna waʿdan ʿalayhi ḥaqqan fī l-tawrāti wal-injīli wal-qur'āni waman awfā biʿahdihi mina l-lahi fa-is'tabshirū bibayʿikumu alladhī bāyaʿtum bihi wadhālika huwa l-fawzu l-ʿaẓīmu

Dhivehi ހަމަކަށަވަރުން مؤمن ންގެއަތުން އެބައިމީހުންގެ މުދާތަކާއި އެމީހުންގެ نفس ތައް އެމީހުންނަށް ސުވަރުގެދެއްވާފައި ﷲ تعالى ބައްލަވައިގަނެފިއެވެ. (ގަނެފިއެވެ.) އެއީ ﷲ تعالى ގެ މަގުގައި އެމީހުން ހަނގުރާމަކޮށް دين ގެ عداوة ތެރިން މަރައި އަދި އެމީހުންވެސް شهيد ވެދިއުމަށެވެ. އެއީ توراة އާއި إنجيل އާއި އަދި قرآن ގައި بيان ކުރައްވާފައިވާ އެކަލާނގެ حقّ وَعد ފުޅެކެވެ. އަދި ﷲ ގެ حضرة ން އެމީހަކަށްވާ عَهْدُ ފުއްދައިފިމީހާ (ފަހެ އެފަދަމީހަކަށްވުރެ ތެދުވެރި ރަނގަޅު މީހަކު ނުވެއެވެ.) (އޭ مؤمن ންނޭވެ!) ފަހެ ކަލޭމެން އެވިޔަފާރިއަކުން ކަލޭމެން ކުރި ވިޔަފާރިއަށް އުފާކުރާށެވެ! (އެބަހީ: ﷲ ގެ މަގުގައި ކަލޭމެންގެ މުދަލާއި ޖާނުން ޖިހާދުކުރި މީހުން އޭގެބަދަލުގައި ސުވަރުގެ ލިބުމަކީ ނަފާހުރި ވިޔަފާރިއެކެވެ. އެކަމާމެދު އުފާކުރާށެވެ!) އަދި ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.

Verse 112

ٱلتَّـٰٓئِبُونَ ٱلْعَـٰبِدُونَ ٱلْحَـٰمِدُونَ ٱلسَّـٰٓئِحُونَ ٱلرَّٰكِعُونَ ٱلسَّـٰجِدُونَ ٱلْـَٔامِرُونَ بِٱلْمَعْرُوفِ وَٱلنَّاهُونَ عَنِ ٱلْمُنكَرِ وَٱلْحَـٰفِظُونَ لِحُدُودِ ٱللَّهِ ۗ وَبَشِّرِ ٱلْمُؤْمِنِينَ

Transliteration al-tāibūna l-ʿābidūna l-ḥāmidūna l-sāiḥūna l-rākiʿūna l-sājidūna l-āmirūna bil-maʿrūfi wal-nāhūna ʿani l-munkari wal-ḥāfiẓūna liḥudūdi l-lahi wabashiri l-mu'minīna

Dhivehi އެމީހުންނަކީ އެއީ توبة ވާމީހުންނެވެ. އަޅުވެރިންނެވެ. حمد ކުރާ މީހުންނެވެ. ރޯދަވެރިންނެވެ. ركوع ކުރާމީހުންނެވެ. سجدة ކުރާ މީހުންނެވެ. ހެޔޮކަންތަކަށް އަމުރުކުރާމީހުންނެވެ. منكراة ނަހީކުރާ މީހުންނެވެ. އަދި ﷲ ގެ حَدُّ ތަކަށް ރައްކާތެރިވާ - އެ حدّ ތައް قائم ކުރާ މީހުންނެވެ. އަދި مؤمن ންނަށް - ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!

Verse 113

مَا كَانَ لِلنَّبِىِّ وَٱلَّذِينَ ءَامَنُوٓا۟ أَن يَسْتَغْفِرُوا۟ لِلْمُشْرِكِينَ وَلَوْ كَانُوٓا۟ أُو۟لِى قُرْبَىٰ مِنۢ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَـٰبُ ٱلْجَحِيمِ

Transliteration mā kāna lilnnabiyyi wa-alladhīna āmanū an yastaghfirū lil'mush'rikīna walaw kānū ulī qur'bā min baʿdi mā tabayyana lahum annahum aṣḥābu l-jaḥīmi

Dhivehi نبي އާއަށްވިޔަސް އަދި އީމާންވެގެންވާ މީހުންނަށް ވިޔަސް مشرك ންގެ ފާފަފުއްސެވުމަށް އެދި دعاء ކުރެއްވުން އެއީ އެކަށީގެންވާކަމެއްނޫނެވެ. ހުއްދަކަމެއްނޫނެވެ. އެމީހުންނީ ތިމާމެންގެ ކިތަންމެ ގާތްބަޔަކުކަމުގައިވިޔަސް އެމީހުންނީ ނަރަކައިގެ އެކުވެރިންކަމުގައި ރަނގަޅަށް بيان ވެ އެނގުމަށްފަހު - އެބަހީ: އެމީހުން އެ شرك ގެމަތީ މަރުވުމަށްފަހު އެމީހުންގެ ފާފަ ފުއްސެވުން އެދި دعاء ކުރުން ހުއްދަވެގެން ނުވެއެވެ.

Verse 114

وَمَا كَانَ ٱسْتِغْفَارُ إِبْرَٰهِيمَ لِأَبِيهِ إِلَّا عَن مَّوْعِدَةٍ وَعَدَهَآ إِيَّاهُ فَلَمَّا تَبَيَّنَ لَهُۥٓ أَنَّهُۥ عَدُوٌّ لِّلَّهِ تَبَرَّأَ مِنْهُ ۚ إِنَّ إِبْرَٰهِيمَ لَأَوَّٰهٌ حَلِيمٌ

Transliteration wamā kāna is'tigh'fāru ib'rāhīma li-abīhi illā ʿan mawʿidatin waʿadahā iyyāhu falammā tabayyana lahu annahu ʿaduwwun lillahi tabarra-a min'hu inna ib'rāhīma la-awwāhun ḥalīmun

Dhivehi އަދި إبراهيم (عليه السّلام) އެކަލޭގެފާނުންގެ ބައްޕައަށް ފާފަފުއްސެވުމަށް އެދިވަޑައިގެން دعاء ފުޅުކުރެއްވުން އެއީ އެކަލޭގެފާނު ބައްޕައަށް ފާފަފުއްސެވުމަށް دعاء ކުރެއްވުމަށް ކުރައްވާފައިވާ وعد އެއްގެގޮތުން ކަމުގައި މެނުވީ ނުވެއެވެ. (އެއީ مُدّة އަކަށެވެ.) ދެންފަހެ އެބައްޕައަކީ ﷲ އަށްވާ عدوّ އެއްކަމުގައި އެކަލޭގެފާނަށް ރަނގަޅަށް އެނގި ބަޔާންވެވަޑައިގެންނެވުމުން، (مشرك އެއްކަން އެނގިވަޑައިގެންނެވި ހިނދުން) އެކަލޭގެފާނު އެބައްޕަގެ ކިބައިން ބަރީއަވެވަޑައިގެންފިއެވެ. (ބައްޕައަށް ފާފަފުއްސެވުން އެދިވަޑައިގެންނެވުން ދޫކޮށްލައްވައިފިއެވެ.) ހަމަކަށަވަރުން إبراهيم (عليه السّلام) އަކީ ގިނަގިނައިން دعاء ކުރައްވާ توبة ވެވަޑައިގަންނަވާ رحم ބޮޑު علم ވެރި ކޯފާމަޑު ބޭކަލެއްކަން ކަށަވަރެވެ.

Verse 115

وَمَا كَانَ ٱللَّهُ لِيُضِلَّ قَوْمًۢا بَعْدَ إِذْ هَدَىٰهُمْ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ

Transliteration wamā kāna l-lahu liyuḍilla qawman baʿda idh hadāhum ḥattā yubayyina lahum mā yattaqūna inna l-laha bikulli shayin ʿalīmun

Dhivehi އަދި އެއްވެސް ބަޔަކަށް ﷲ ތެދުމަގު ދެއްކެވުމަށްފަހު އެބަޔަކު އެކަމަކުން ރައްކާތެރިވެ ދުރުވެގަންނާނޭ ކަންތައް އެންގެވުމަށްފަހު (އެކަމަކުން ދުރުވެނުގަތިއްޔާ މެނުވީ) އެމީހުން މަގުފުރައްދަވާނޭ ކަލަކުކަމުގައި އެކަލާނގެ ނުވެއެވެ. (مشرك ންނަށް ފާފަފުއްސެވުމަށް އެދި دعاء ކުރުން نهى ކުރެއްވުމަށްފަހު ދެން ކަލޭމެން އެ نهى ގެތެރެއަށް ވަދެއްޖެއްޔާމެނުވީ އެކަލާނގެ ކަލޭމެން މަގުނުފުރައްދަވާނެއެވެ.) ހަމަކަށަވަރުން ﷲ އީ ހުރިހާކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 116

إِنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يُحْىِۦ وَيُمِيتُ ۚ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ

Transliteration inna l-laha lahu mul'ku l-samāwāti wal-arḍi yuḥ'yī wayumītu wamā lakum min dūni l-lahi min waliyyin walā naṣīrin

Dhivehi ހަމަކަށަވަރުން އުޑުތަކާއި ބިމުގެ مِلْكُ ވެރިކަން خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެ ތަކެތި ދިރުއްވާ މަރުއްވައެވެ. އަދި ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވެސް އަދި نصر ވެރިއަކުވެސް ކަލޭމެންނަކަށް ނުވެއެވެ.

Verse 117

لَّقَد تَّابَ ٱللَّهُ عَلَى ٱلنَّبِىِّ وَٱلْمُهَـٰجِرِينَ وَٱلْأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِى سَاعَةِ ٱلْعُسْرَةِ مِنۢ بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ ۚ إِنَّهُۥ بِهِمْ رَءُوفٌ رَّحِيمٌ

Transliteration laqad tāba l-lahu ʿalā l-nabiyi wal-muhājirīna wal-anṣāri alladhīna ittabaʿūhu fī sāʿati l-ʿus'rati min baʿdi mā kāda yazīghu qulūbu farīqin min'hum thumma tāba ʿalayhim innahu bihim raūfun raḥīmun

Dhivehi ހަމަކަށަވަރުން نَبِىّ އާއަށް ﷲ توبة ލައްވައިފިއެވެ. އަދި مهاجرىّ ބޭކަލުންނަށާއި أنصَارىّ ބޭކަލުންނަށްވެސް (ﷲ توبة ލައްވައިފިއެވެ.) އެބޭކަލުންނީ ދަތިވީ ވަގުތު އެކަލޭގެފާނާއި تبع ވީ މީހުންނެވެ. (އެއީ تبوك ހަނގުރާމައިގެ ވަގުތު ހުރިހާގޮތަކުން ކަންތައްގަނޑު ނީސްތާއްޓަށް އެރިވަގުތެވެ.) އެއީ އޭގެތެރެއިން جماعة އެއްގެ (ބައެއްގެ) ހިތްތައް حقّ މަގާއި ދުރަށް ލެނބުމަށް ގާތްވުމަށްފަހުގައެވެ. ދެން އެކަލާނގެ އެބޭކަލުންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ އެބޭބޭކަލުންގެމައްޗަށް ނުހަނު އޯގާވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 118

وَعَلَى ٱلثَّلَـٰثَةِ ٱلَّذِينَ خُلِّفُوا۟ حَتَّىٰٓ إِذَا ضَاقَتْ عَلَيْهِمُ ٱلْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوٓا۟ أَن لَّا مَلْجَأَ مِنَ ٱللَّهِ إِلَّآ إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوٓا۟ ۚ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ

Transliteration waʿalā l-thalāthati alladhīna khullifū ḥattā idhā ḍāqat ʿalayhimu l-arḍu bimā raḥubat waḍāqat ʿalayhim anfusuhum waẓannū an lā malja-a mina l-lahi illā ilayhi thumma tāba ʿalayhim liyatūbū inna l-laha huwa l-tawābu l-raḥīmu

Dhivehi އަދި އެބޭކަލުންގެ توبة قبول ކުރެއްވުން ފަސްކުރެވިފައިވާ ތިންބޭކަލުންގެމައްޗަށްވެސް ﷲ توبة ލައްވައިފިއެވެ. (އެތިންބޭކަލުންނަކީ كَعْبُ بن مَالكُ ގެފާނާއި هِلاَلُ بن أُميَّة ގެފާނާއި مِرَارة بن رَبِيْعَة ގެފާނާއިއެވެ. މިއީ أَنصَارىّ ބޭކަލުންކުރެ ތިންބޭކަލުންނެވެ. = طبري = ) މިބޭކަލުންނަށް ﷲ توبة ލެއްވީ އެބޭކަލުންނަށް (ބިންގަނޑުގެ ތަނަވަސްކަމާއިއެކުވެސް) ބިންގަނޑު ދަތިވެ އަދި އެބޭކަލުންގެ މައްޗަށް އެބޭކަލުންގެ نفس ތައްވެސް ދަތިވެއްޖައުމަށްދާވަރުވުމުންނެވެ. އަދި އެބޭކަލުންނަށް ﷲ ގެ حضرة ން އަތުވެދާނޭ ކޯފާއަކުން އަދި عذاب އަކުން ސަލާމަތްވާނެ ތަނެއް ހަމަ އެކަލާނގެ حضرة ން މެނުވީ ނެތްކަން އެބޭކަލުންނަށް يقين ވެވަޑައިގެންނެވުމަށް ފަހުގައެވެ. މި މިކަންކަމަށްފަހު ދެން އެކަލާނގެ އެބޭކަލުންގެމައްޗަށް توبة ބާވައިލެއްވިއެވެ. އެބޭކަލުން توبة ވެވަޑައިގަތުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން توبة ލައްވާ އަދި رحمة ލެއްވުން ބޮޑުރަސްކަލާނގެއެވެ.

Verse 119

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّـٰدِقِينَ

Transliteration yāayyuhā alladhīna āmanū ittaqū l-laha wakūnū maʿa l-ṣādiqīna

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ތެދުވެރިންނާއިއެކު ކަލޭމެންވާށެވެ! އެތިންބޭކަލުންނަށް توبة ލެއްވުމުގެ އެންމެބޮޑު ސަބަބެއްކަމުގައިވީ އެބޭކަލުން ތެދު ވިދާޅުވުމެވެ.

Verse 120

مَا كَانَ لِأَهْلِ ٱلْمَدِينَةِ وَمَنْ حَوْلَهُم مِّنَ ٱلْأَعْرَابِ أَن يَتَخَلَّفُوا۟ عَن رَّسُولِ ٱللَّهِ وَلَا يَرْغَبُوا۟ بِأَنفُسِهِمْ عَن نَّفْسِهِۦ ۚ ذَٰلِكَ بِأَنَّهُمْ لَا يُصِيبُهُمْ ظَمَأٌ وَلَا نَصَبٌ وَلَا مَخْمَصَةٌ فِى سَبِيلِ ٱللَّهِ وَلَا يَطَـُٔونَ مَوْطِئًا يَغِيظُ ٱلْكُفَّارَ وَلَا يَنَالُونَ مِنْ عَدُوٍّ نَّيْلًا إِلَّا كُتِبَ لَهُم بِهِۦ عَمَلٌ صَـٰلِحٌ ۚ إِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ

Transliteration mā kāna li-ahli l-madīnati waman ḥawlahum mina l-aʿrābi an yatakhallafū ʿan rasūli l-lahi walā yarghabū bi-anfusihim ʿan nafsihi dhālika bi-annahum lā yuṣībuhum ẓama-on walā naṣabun walā makhmaṣatun fī sabīli l-lahi walā yaṭaūna mawṭi-an yaghīẓu l-kufāra walā yanālūna min ʿaduwwin naylan illā kutiba lahum bihi ʿamalun ṣāliḥun inna l-laha lā yuḍīʿu ajra l-muḥ'sinīna

Dhivehi مدينة ގެ أهل ވެރިންނަށާއި އަދި އެމީހުންގެ ވަށައިގެންވާ أعرابى ންނަށްވެސް رسول ﷲ ﷺ ހަނގުރާމައަށް ނުކުމެވަޑައިގަތުމަށްފަހު ހަނގުރާމައަށް ނުގޮސް ފަހަށް ޖެހިފައި ތިބުމީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެކަލޭގެފާނުންގެ نفس ފުޅުގެ މައްޗަށް ތިމާމެންގެ نفس ތައް އިސްކޮށް އަދި نفس ތަކަށް ލޯބިކުރުމީވެސް އެކަށީގެންވާކަމެއްނޫނެވެ. އެކަން އެހެން އެވީ، އެމީހުންނަށް ދިމާވާ ކޮންމެ ފެންބޮވައިގަތުމެއްވިޔަސް އަދި ވަރުބަލިކަމެއްވިޔަސް އަދި ﷲ ގެ މަގުގައި ދިމާވާ ކޮންމެ ހައިހޫނުކަމެއްވިޔަސް އަދި ކާފަރުން ރުޅިއެރުވުމަށާއި ދެރަކުރުމަށް އެމީހުން ފައިއަޅާ ކޮންމެ ފިޔަވަޅެއްވިޔަސް އަދި عدوّ އެއްގެ އަތުން ލިބެވޭ ކޮންމެ އަނިޔާއެއްވިޔަސް އެއިން ކޮންމެ ކަމަކުން އެމީހުންނަށް صالح عمل އެއް ލިޔެވިގެންމެނުވީ ނުވެއެވެ. އެބަހީ: އެބާވަތުގެ ކޮންމެ ކަމަކަށް އެމީހުންނަށް ހެޔޮ عمل ލިއެވެއެވެ. ހަމަކަށަވަރުން إحسان ތެރިންގެ ދަރުމަ ﷲ ގެއްލެނި ނުކުރައްވައެވެ.

Verse 121

وَلَا يُنفِقُونَ نَفَقَةً صَغِيرَةً وَلَا كَبِيرَةً وَلَا يَقْطَعُونَ وَادِيًا إِلَّا كُتِبَ لَهُمْ لِيَجْزِيَهُمُ ٱللَّهُ أَحْسَنَ مَا كَانُوا۟ يَعْمَلُونَ

Transliteration walā yunfiqūna nafaqatan ṣaghīratan walā kabīratan walā yaqṭaʿūna wādiyan illā kutiba lahum liyajziyahumu l-lahu aḥsana mā kānū yaʿmalūna

Dhivehi އަދި އެމީހުންކުރާ ކިތަންމެކުޑަ ހޭދައެއްވިޔަސް އަދި ކިތަންމެބޮޑު ހޭދައެއްވިޔަސް އަދި އެމީހުން ކަޑައްތުކުރާ ވާދީއެއްވިޔަސް މިއިން އެއްވެސްކަމެއް އެމީހުންނަށް (ހެޔޮކަމެއްކަމުގައި) ލިޔެވިގެންވާމެނުވީ ނުވެއެވެ. އެއީ އެމީހުން ކުރާކަމުގައިވީ ކަންތަކަށްވުރެ ހެޔޮ ޖަޒާ ﷲ އެމީހުންނަށް ދެއްވުމަށެވެ.

Verse 122

۞ وَمَا كَانَ ٱلْمُؤْمِنُونَ لِيَنفِرُوا۟ كَآفَّةً ۚ فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَآئِفَةٌ لِّيَتَفَقَّهُوا۟ فِى ٱلدِّينِ وَلِيُنذِرُوا۟ قَوْمَهُمْ إِذَا رَجَعُوٓا۟ إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ

Transliteration wamā kāna l-mu'minūna liyanfirū kāffatan falawlā nafara min kulli fir'qatin min'hum ṭāifatun liyatafaqqahū fī l-dīni waliyundhirū qawmahum idhā rajaʿū ilayhim laʿallahum yaḥdharūna

Dhivehi އަދި مؤمن ން އެންމެންއެކީ ހަނގުރާމައަށް ދިއުމެއްމެނެތެވެ. އަދި ކޮންމެ جماعة އަކުންވެސް ކޮންމެވެސް ބަޔަކު دين ގައި فقه ވެރިވުމަށް (رسول ﷲ ﷺ ގެ އަރިހުގައި ތިބުމަށް) ދާނެނަމައެވެ. ނުވަތަ ނުދިޔައީ ކީއްވެހެއްޔެވެ؟ އަދި އެމީހުން ދީނުގައި فقه ވެރިވުމަށްފަހު އެމީހުންގެ قوم ގެ މީހުންގެގާތަށްގޮސް އެމީހުންނަށް إنذار ކުރާހުށިކަމެވެ! އެއީ އެމީހުން ބިރުވެތިވުމުގެ أمّيد ގައެވެ. • ދަންނައެވެ. މިއާޔަތުގެ މާނަ އަދި تفسير علم ވެރިން ވަރަށް ތަފާތުގޮތްގޮތަށް ލިއުއްވާފައި ވެއެވެ. މިތާ ލިޔެވިފައި މިވަނީ އޭގެތެރެއިން އެއްގޮތެވެ. والله أعلم بالصّواب)

Verse 123

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قَـٰتِلُوا۟ ٱلَّذِينَ يَلُونَكُم مِّنَ ٱلْكُفَّارِ وَلْيَجِدُوا۟ فِيكُمْ غِلْظَةً ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ

Transliteration yāayyuhā alladhīna āmanū qātilū alladhīna yalūnakum mina l-kufāri walyajidū fīkum ghil'ẓatan wa-iʿ'lamū anna l-laha maʿa l-mutaqīna

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކާފަރުންގެތެރެއިން ކަލޭމެންނާއި ޖެހިޖެހިގެންވާ މީހުންނާއި ހަނގުރާމަ ކުރާށެވެ! އަދި ކަލޭމެންގެ ކިބައިން ހަރުކަށިކަމާއި عدواة ތެރިކަން އެމީހުން ދެކޭހުށިކަމެވެ! (އެބަހީ: ހަރުކަށިކަމާއި ރުޅިވެރިކަން އެމީހުންނަށް ކަލޭމެން ދައްކާށެވެ!) އަދި ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ تقوى ވެރިންނާއި އެކުގައެވެ.

Verse 124

وَإِذَا مَآ أُنزِلَتْ سُورَةٌ فَمِنْهُم مَّن يَقُولُ أَيُّكُمْ زَادَتْهُ هَـٰذِهِۦٓ إِيمَـٰنًا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَزَادَتْهُمْ إِيمَـٰنًا وَهُمْ يَسْتَبْشِرُونَ

Transliteration wa-idhā mā unzilat sūratun famin'hum man yaqūlu ayyukum zādathu hādhihi īmānan fa-ammā alladhīna āmanū fazādathum īmānan wahum yastabshirūna

Dhivehi އަދި އެއްވެސް ސޫރަތެއް ބާވައިލައްވައިފި ކޮންމެހިނދެއްގައި މިސޫރަތުގެ ސަބަބުން އީމާންކަން އިތުރުވީ ކަލޭމެންކުރެ ކާކަށްހެއްޔެވެ؟ މިހެން އަހާމީހުން އެ منافق ންގެ ތެރެއިން ވެއެވެ. ފަހެ އީމާންވީ މީހުން (ދަންނައެވެ.) އެމީހުންގެ އީމާންކަމުގެތެރެއަށް އެމީހުންނަށް އީމާންކަން އިތުރުވިއެވެ. އަދި އެމީހުން ވަނީ އުފާކުރާ حال ގައެވެ.

Verse 125

وَأَمَّا ٱلَّذِينَ فِى قُلُوبِهِم مَّرَضٌ فَزَادَتْهُمْ رِجْسًا إِلَىٰ رِجْسِهِمْ وَمَاتُوا۟ وَهُمْ كَـٰفِرُونَ

Transliteration wa-ammā alladhīna fī qulūbihim maraḍun fazādathum rij'san ilā rij'sihim wamātū wahum kāfirūna

Dhivehi އަދި އެމީހުންގެ ހިތްތަކުގައި منافق ކަމުގެ ބަލިކަންވާ މީހުން ދަންނައެވެ! ފަހެ އެމީހުންގެ ޝައްކާއި وهم ގެމައްޗަށް ޝައްކާއި وهم އިތުރުވީއެވެ. ނުވަތަ އެމީހުންގެ ނުބައިގެމައްޗަށް ނުބައި އިތުރުވީއެވެ. އަދި އެމީހުން މަރުވެގެންދިޔައީ كافر ންކަމުގައިވާ حال ގައެވެ.

Verse 126

أَوَلَا يَرَوْنَ أَنَّهُمْ يُفْتَنُونَ فِى كُلِّ عَامٍ مَّرَّةً أَوْ مَرَّتَيْنِ ثُمَّ لَا يَتُوبُونَ وَلَا هُمْ يَذَّكَّرُونَ

Transliteration awalā yarawna annahum yuf'tanūna fī kulli ʿāmin marratan aw marratayni thumma lā yatūbūna walā hum yadhakkarūna

Dhivehi އަޅެފަހެ ކޮންމެއަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު އެމީހުން إمتحان ކުރެވޭކަން އެމީހުންނަކަށް ނޭނގޭބާވައެވެ؟ (އެއީ ހަނގުރާމައިގެ ގޮތުން / ނުވަތަ ތަދުމަޑުކަމުގެ ގޮތުން ނުވަތަ ދެންވެސް ކޮންމެވެސް ގޮތަކުންނެވެ.) ދެންވެސް އެމީހުން توبة ނުވެއެވެ. އަދި عبرة حاصل ކޮށް نصيحة ލިބިގަންނަ ބަޔަކު ކަމުގައި އެމީހުން ނުވެއެވެ.

Verse 127

وَإِذَا مَآ أُنزِلَتْ سُورَةٌ نَّظَرَ بَعْضُهُمْ إِلَىٰ بَعْضٍ هَلْ يَرَىٰكُم مِّنْ أَحَدٍ ثُمَّ ٱنصَرَفُوا۟ ۚ صَرَفَ ٱللَّهُ قُلُوبَهُم بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ

Transliteration wa-idhā mā unzilat sūratun naẓara baʿḍuhum ilā baʿḍin hal yarākum min aḥadin thumma inṣarafū ṣarafa l-lahu qulūbahum bi-annahum qawmun lā yafqahūna

Dhivehi އަދި (رسول ﷲ ﷺ ގެ އަރިހުގައި އެ منافق ންވެސް ވަނިކޮށް) ސޫރަތެއް ބާވައިލައްވައިފިއްޔާ - يعني: منافق ންގެ خبر އެކުލެވިގެންވާ ސޫރަތެއް ބާވައިލައްވައިފިއްޔާ އެމީހުން - އެބަހީ منافق ން - އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބަލައެވެ. އަދި އެމީހުން އެމީހުންނަށް ބުނެއެވެ. އެއްވެސްމީހަކު ކަލޭމެނަށް އެބަބަލައިހެއްޔެވެ؟ (އެހެންބަޔަކު އެމީހުންނަށް ނުބަލާ ތަންވަޅު ބަލާފައި) އެތަނުން ތެދުވެ އެމީހުން އެނބުރި ދެއެވެ. ފަހެ އެހެންވެ ﷲ تعالى އެމީހުންގެ ހިތްތައް (إيمان ކަމާއި އެންމެހައި ހެވަކާ ދުރަށް) އަނބުރާލައްވައެވެ. އެއީ ހަމަކަށަވަރުން އެމީހުން އެއީ ނުވިސްނާބަޔަކު ކަމުގައިވާތީއެވެ.

Verse 128

لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ

Transliteration laqad jāakum rasūlun min anfusikum ʿazīzun ʿalayhi mā ʿanittum ḥarīṣun ʿalaykum bil-mu'minīna raūfun raḥīmun

Dhivehi (އޭ عربى ންނޭވެ!) ހަމަކަށަވަރުން ކަލޭމެންގެ ގާތަށް ކަލޭމެންގެ نفس ތަކުތެރެއިން (އެބަހީ: ކަލޭމެންގެ ނަސަބުން - ކަލޭމެންގެ ރަށުން ކަލޭމެން ދަންނަ ބޭކަލަކު) رسول ބޭކަލަކު ކަމުގައި ވަޑައިގެންފިއެވެ. އަދި ކަލޭމެންނަށް އުނދަގޫވެ ވަރުބަލިވާ ކަންތައްޖެހުން އެކަލޭގެފާނުންގެ މައްޗަށް ބުރަކަމަކަށްވެއެވެ. އުނދަގޫފުޅުކަމަކަށްވެއެވެ. އަދި ކަލޭމެންނަށް (ތެދުމަގު ލިބުމަށް) އެކަލޭގެފާނު ދަހިވެތިވެވަޑައިގެންވެއެވެ. އަދި އެއީ مؤمن ތަކުންގެ މައްޗަށް ނުހަނު އޯގާވެރި رحم ބޮޑު ބޭކަލަކު ކަމުގައިވެއެވެ.

Verse 129

فَإِن تَوَلَّوْا۟ فَقُلْ حَسْبِىَ ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ

Transliteration fa-in tawallaw faqul ḥasbiya l-lahu lā ilāha illā huwa ʿalayhi tawakkaltu wahuwa rabbu l-ʿarshi l-ʿaẓīmi

Dhivehi (އޭ رسول ﷲ އެވެ!) ދެންފަހެ (ކަލޭގެފާނުން ގެންވި حقّ އަށް) އެމީހުން ފުރަގަސްދީ އީމާން ނުވިއްޔާވެސް -ދެން ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. ﷲ ފިޔަވައި حقّ إله އަކު ނުވެއެވެ. ތިމަންކަލޭގެފާނު وكيل ކުރާނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ބޮޑުވެގެންވާ عرش ގެ ވެރި ކަލާނގެއެވެ.

Read Surah At-Tawbah in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.