Surah Al-Mujadila in Dhivehi: translation and audio
Surah 58 · المجادلة · The Pleading Woman · 22 verses
Surah Al-Mujadila verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Mujadila word by word in English.
Verse 1
قَدْ سَمِعَ ٱللَّهُ قَوْلَ ٱلَّتِى تُجَـٰدِلُكَ فِى زَوْجِهَا وَتَشْتَكِىٓ إِلَى ٱللَّهِ وَٱللَّهُ يَسْمَعُ تَحَاوُرَكُمَآ ۚ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ
Transliteration qad samiʿa l-lahu qawla allatī tujādiluka fī zawjihā watashtakī ilā l-lahi wal-lahu yasmaʿu taḥāwurakumā inna l-laha samīʿun baṣīrun
Dhivehi (އޭ مُحَمَّدُ ﷺ އެވެ!) އެކަނބުލޭގެ ފިރިކަލުންނާއިމެދު ﷲ އަށްޝަކުވާ ދަންނަވާ حَال ކަލޭގެފާނާ ތަކުރާރުކުރައްވައި ބަސްދަންނަވާ ކަމަނާގެ ބަސް ހަމަކަށަވަރުން ﷲ އައްސަވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަ ﷲ އައްސަވައެވެ. ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގަންނަވާ އަދި ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.
Verse 2
ٱلَّذِينَ يُظَـٰهِرُونَ مِنكُم مِّن نِّسَآئِهِم مَّا هُنَّ أُمَّهَـٰتِهِمْ ۖ إِنْ أُمَّهَـٰتُهُمْ إِلَّا ٱلَّـٰٓـِٔى وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ ٱلْقَوْلِ وَزُورًا ۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٌ
Transliteration alladhīna yuẓāhirūna minkum min nisāihim mā hunna ummahātihim in ummahātuhum illā allāī waladnahum wa-innahum layaqūlūna munkaran mina l-qawli wazūran wa-inna l-laha laʿafuwwun ghafūrun
Dhivehi ތިޔަބައިމީހުންކުރެ ތިމާމެންގެ އަނބީން ތިމާމެންގެ މަޔެކޭ ހަމަކުރާ މީހުން (ظِهَارُ ކުރާ މީހުން) ދަންނައެވެ. (އެހެން އެމީހުން ބުންޏަކަސް) އެ އަންހެނުން އެއީ އެމީހުންގެ މައިން ކަމުގައި ނުވެއެވެ. އެމީހުންގެ މައިން ކަމުގައިވާކަން ކަށަވަރީ އެމީހުން ވިހެއި އަންހެނުންނެވެ. (حَقِيْقِي މައިންނެވެ.) އަދި ހަމަކަށަވަރުން އެމީހުން އެހެން އެބުނާ ބަހަކީ (ތިމާގެ އަނބިމީހާ ތިމާގެ މަޔެކޭ އެއްފަދައޭ) އެބުނާބަހަކީ ބަހުގެ ތެރެއިން شَرِيْعَة قَبُوْلُ ނުކުރާ ހަޑި مُنْكَرُ ބަހެކެވެ. އަދި އެއީ ހަމަ ބޮޑު ދޮގެކެވެ. އަދި ހަމަކަށަވަރުން ﷲ އީ ކަނޑައެޅިގެން ގިނަގިނައިން عَفُوْء ކުރައްވާ އަދި ފާފަ ފުއްސެވުން ބޮޑުވެގެންވާ ކަލާނގެއެވެ.\nދަންނައެވެ. މިއާޔަތްތައް ބާވައިލެއްވުމުގެ ސަބަބެއް ކަމުގައި تَفْسِيْر عِلْم ވެރިން ލިޔުއްވާފައިވެއެވެ. އޭގެ خُلَاصَة އަކީ: أَوْسُ بْنُ الصَّامِتُ، އެކަލޭގެފާނުގެ އަނބިކަނބަލުން خَوْلَةُ بِنْتِ ثَعْلَبَة މަޔެކޭ ހަމަކުރެއްވިއެވެ. މިސޫރަތުގައި ބަޔާންވެގެންމިވާ ظِهَارُ ގެ حُكُم އެބަހީ މަޔެކޭ ހަމަކުރުމުގެ حُكُم ބާވައިލެއްވުމުގެ ކުރިން މީހަކު ތިމާގެ އަނބިމީހާ މަޔެކޭ ހަމަކޮށްފީމޭ ބުނެފިއްޔާ ދެމީހުން ދެން އަބަދަށް ވަރިވީއެވެ. މިހެންވެ އެކަމަނާ ކަންބޮޑުވެގެން رَسُوْلُ اللَّهِ ﷺ ގެ އަރިހަށްގޮސް އެވާހަކަ ދެންނެވުމުން އެކަލޭގެފާނު حَدِيْث ކުރެއްވީ އެކަމާ ބެހޭ حُكُم އެއް ނެތްކަމަށެވެ. އަލުންވެސް އެކަމަނާ އެކަމަނާގެ حَال ގެ ވާހަކަ بَيَان ކޮށް ވާހަކަ تَكْرَار ކުރައްވައެވެ. އެކި ފަހަރު އެކި عِبَارَة ންނެވެ. އެކަމަނާގެ މައްސަލައާއި ގުޅިގެން މި ދެއާޔަތާއި އަދި މީގެފަހުގައިވާ ދެ އާޔަތް ބާވައިލެއްވީއެވެ. ظِهَارُ ކުރުމުގެ އެންމެހާ حُكُم ބާވައިލެއްވީއެވެ.
Verse 3
وَٱلَّذِينَ يُظَـٰهِرُونَ مِن نِّسَآئِهِمْ ثُمَّ يَعُودُونَ لِمَا قَالُوا۟ فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَآسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِۦ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
Transliteration wa-alladhīna yuẓāhirūna min nisāihim thumma yaʿūdūna limā qālū fataḥrīru raqabatin min qabli an yatamāssā dhālikum tūʿaẓūna bihi wal-lahu bimā taʿmalūna khabīrun
Dhivehi އަދި ތިމާމެންގެ އަނބިން ތިމާމެންގެ މައިންނެކޭ އެއްފަދަކުރާ މީހުން ދެން އެމީހުން އެބުނި ބުނުން އަނބުރާ ގެނަސް އެމީހުންގެ އަނބީންނާއި جِمَاع ވުމަށް قَصْدُ ކުރާނަމަ އެދެމީހުން جِمَاع ވުމުގެ ކުރިން އަޅަކު މިނިވަންކުރުން ހުއްޓެވެ. (އެއީ އޭނާ އެބުނި ނުބައި ދޮގު ބަހުގެ އަދަބަކަށެވެ. އެކަމުގެ كَفَّارَة އަކަށެވެ.) ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަނީ އެފަދައިންނެވެ. އަދި ﷲ އީ ކަލޭމެން ކުރާހާ ކަމެއްގެ خَبَر ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 4
فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَآسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ ۚ وَتِلْكَ حُدُودُ ٱللَّهِ ۗ وَلِلْكَـٰفِرِينَ عَذَابٌ أَلِيمٌ
Transliteration faman lam yajid faṣiyāmu shahrayni mutatābiʿayni min qabli an yatamāssā faman lam yastaṭiʿ fa-iṭ'ʿāmu sittīna mis'kīnan dhālika litu'minū bil-lahi warasūlihi watil'ka ḥudūdu l-lahi walil'kāfirīna ʿadhābun alīmun
Dhivehi ދެންފަހެ އަޅަކު މިނިވަން ކުރާން ނުލިބުނު މީހާ (އަޅަކު ނުލިބިގެން ނަމަވެސް، އަދި އަޅަކު ގަންނަހާ ފައިސާ ތިމާގެ އަތުގައި ނެތިގެން ނަމަވެސް އެކަން ނުކުރެވުނު މީހާއަށް) ދެން އޮތީ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ. އެއީ އެ ދެމަފިރީން جِمَاع ވުމުގެ ކުރީންނެވެ. ދެންފަހެ، ދެމަސްދުވަހު ރޯދަ ހިފުމަށް ކުޅަދާނަ ނުވި މީހަކުނަމަ ދެން އޮތީ ފަސްދޮޅަސް مِسْكِينންނަށް ކާން ދިނުމެވެ. (އެއީ ކޮންމެ مِسْكِين އަކު އެއްފަހަރު ބަނޑު ފުރޭވަރަށް ދިނުމެވެ. މިކަމާ ބެހޭ تَفْصِيل ތައް فِقْه ފޮތްތަކާއި، حَدِيث ފޮތްތަކުގައި بَيان ވެގެން ވެއެވެ.)\nއިސްވެދިޔަ حُكْم ތަކަކީ ކަލޭމެން ﷲ އަށާއި، އެކަލާނގެ رَسُول އާ އަށް إيْمان ވުމަށް ޓަކައި ﷲ ކަނޑައަޅުއްވާފައިވާ حُكْم ތަކެވެ. އަދި އެއީ ﷲ ކަނޑައަޅުއްވާފައިވާ حَدّ ތަކެވެ. އިންތަކެވެ. އެތަންތަން ފަހަނަޅައި ގޮސްގެން ނުވާނެއެވެ. (އެތަންތަން ފަހަނަޅައި ގޮސް ﷲ ގެ أمر ފުޅުތަކާއި، حُكْم ފުޅުތަކަށް ކިޔަމަންނުވެ إيْمان ނުވެއްޖެ މީހާއީ كافِر އެކެވެ.) އަދި كافِر ންނަށް ހުރީ ވޭންދެނިވި عَذاب އެވެ.\nދަންނައެވެ. އިސްވެދިޔަ އާޔަތްތަކުގައި بَيان ވެގެން އެވަނީ ظِهار ކުރުމުގެ ކުށުގެ ވާހަކަޔާއި، އެކަމުގެ އަދަބުގެ ވާހަކައެވެ. ظِهار ކުރުމަކީ ތިމާގެ އަނބިމީހާއާ ދިމާއަށް (أَنْتِ عَلَيَّ كَظَهْرِ أُمِّى) އެބަހީ [ކަލޭ އަހުރެންގެ މައްޗަށް އަހުރެންގެ މަންމަގެ ބުރިކަށި ފަދައެވެ.] މިފަދައިން ބުނުމެވެ. އޭގެ މާނައަކީ [ކަލެއެކޭ އަހުރެންގެ މަންމައެކޭ އެއްފަދައެވެ. މަންމަ ގާތުގައި ރޭކުރުމަކީ حَرام ކަމެއް ކަމުގައި ވީ ފަދައިން ކަލޭގެ ގާތުގައި އަހުރެން ރޭކުރުންވެސް އަހުރެންނަށް حَرام އެވެ.] މިއެވެ. އިސްލާމުދީނުގައި މި حُكْم އައުމުގެ ކުރީން މީހަކު ތިމާގެ އަންހެނުންނާ ދިމާއަށް އެފަދައިން ބުނެފިއްޔާ ދެން އެ ދެމީހުން ވަރިވީއެވެ. ދުވަހަކުވެސް ދެން ނުއިނދެވޭނެއެވެ. އެހެން ނަމަވެސް މި އާޔަތްތައް ބާވައިލެއްވުމުން އެކަން ކެންސަލްވީއެވެ. އެ ދެމީހުން ވަރިއެއް ނުވާނެއެވެ. އެ ބުނިބުނުމަށް كَفّارَة ދިނީމާ އަލުންވެސް އަނބިމީހާ ގާތުގައި ރޭކުރުން ހުއްދަވީއެވެ. އެކަމުގެ كَفّارَة އަކީ (1) އަޅަކު މިނިވަން ކުރުން. ނުވަތަ (2) ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުން. ނުވަތަ (3) ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުން. މިއެވެ. މިއިން ކޮންމެވެސް އެއް ކަމެކެވެ. އެމީހަކަށް ކުޅަދާނަވީ އެންމެ މަތީ ކަމެކެވެ.
Verse 5
إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥ كُبِتُوا۟ كَمَا كُبِتَ ٱلَّذِينَ مِن قَبْلِهِمْ ۚ وَقَدْ أَنزَلْنَآ ءَايَـٰتٍۭ بَيِّنَـٰتٍ ۚ وَلِلْكَـٰفِرِينَ عَذَابٌ مُّهِينٌ
Transliteration inna alladhīna yuḥāddūna l-laha warasūlahu kubitū kamā kubita alladhīna min qablihim waqad anzalnā āyātin bayyinātin walil'kāfirīna ʿadhābun muhīnun
Dhivehi ﷲ އަށް ނުކިޔަމަންތެރިވެ، ﷲ އާއި، އެކަލާނގެ رَسُول އާއި خِلاف ވެ، ދެކޮޅުހަދައި، ﷲ ގެ حَدّ ތަކުން ބޭރުވެގަންނަ މީހުން ދަންނައެވެ. އިސްވެދިޔަ އެފަދަ މީހުންވެސް ދެރަކުރެވި، ނިކަމެތިކުރެވުނު ފަދައިން އެމީހުންވެސް ދެރަކުރެވި، ނިކަމެތި ކުރެވިއްޖެއެވެ. (ކޮންމެ ތާކު، އަދި ކޮންމެ ޒަމާނެއްގައިވެސް ﷲ އެފަދަ މީހުން ދެރަކުރައްވައި، ނިކަމެތިކުރައްވާނެއެވެ.) އަދި ހަމަކަށަވަރުން ބަޔާންވެގެންވާ آيَة ތައް ތިމަން ރަސްކަލާނގެ ބާވައިލެއްވީމެވެ. އެބަހީ ތިމަން ރަސްކަލާނގެއާ އިދިކޮޅުވާ މީހުންނަށް (އިސްވެދިޔަ أُمّة ތަކުގައިވެސް) ޢިބުރަތަކަށް ފުދޭވަރުގެ آيَة ތައް ބާވައިލެއްވީމެވެ. އަދި ކާފަރުވީ މީހުންނަށް ހުންނަހުށީ ހަމަ ވޭންދެނިވި، އިހާނެތިވެގެންވާ عَذاب އެވެ.
Verse 6
يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًا فَيُنَبِّئُهُم بِمَا عَمِلُوٓا۟ ۚ أَحْصَىٰهُ ٱللَّهُ وَنَسُوهُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ
Transliteration yawma yabʿathuhumu l-lahu jamīʿan fayunabbi-uhum bimā ʿamilū aḥṣāhu l-lahu wanasūhu wal-lahu ʿalā kulli shayin shahīdun
Dhivehi އެމީހުންނަށް އެފަދަ إهانَة ތެރި عَذاب ހުންނަހުށީ އެންމެހައި މީސްތަކުން އަލުން ދިރިގެން مَحْشَر އަށް ފޮނުވޭ ދުވަހުންނެވެ. އަދި ދުނިޔޭގައި އެބައިމީހުން ކޮށްފައިވާ އެންމެހައި عَمَل ތަކުގެ خَبَر، ﷲ އެމީހުންނަށް އަންގަވާނެއެވެ. ﷲ އެ ހުރިހައި عَمَل އެއް އެއްވެސް އުނިއިތުރެއް ނުކުރައްވައި ހިމަނުއްވައި، ބަރާބަރު ކުރައްވާފައި ވެއެވެ. އަދި އެމީހުން ވަނީ އެ عَمَل ތަކުގެ މަތީން ހަނދާން ނައްތާލައިފައެވެ. އަދި اللَّهއީ ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގަންނަވާ ކަލާނގެއެވެ.
Verse 7
أَلَمْ تَرَ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَـٰثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَآ أَدْنَىٰ مِن ذَٰلِكَ وَلَآ أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا۟ ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا۟ يَوْمَ ٱلْقِيَـٰمَةِ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ
Transliteration alam tara anna l-laha yaʿlamu mā fī l-samāwāti wamā fī l-arḍi mā yakūnu min najwā thalāthatin illā huwa rābiʿuhum walā khamsatin illā huwa sādisuhum walā adnā min dhālika walā akthara illā huwa maʿahum ayna mā kānū thumma yunabbi-uhum bimā ʿamilū yawma l-qiyāmati inna l-laha bikulli shayin ʿalīmun
Dhivehi (އޭ رَسُولُ اللَّهِ އެވެ!) ﷲ تَعالَى އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ދެނެވޮޑިގެންވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާ ތޯއެވެ؟ ތިން މީހަކު ތިބެގެން نَجْوَى އެއް ކުރާނަމަ (އެބަހީ ތިން މީހަކު ތިބެގެން ސިއްރު ވާހަކައެއް ދައްކާނަމަ) އެމީހުންގެ ހަތަރުވަނަ މީހަކަށް ﷲ ވޮޑިގެންވެއެވެ. (އެއީ އެކަލާނގެ ދެނެވޮޑިގަތުމާއި، قُدْرَة ތެރިވަންތަ ކަމުގެ ގޮތުންނެވެ. އެބަހީ ހަތަރުވަނައަށް އެކަލާނގެ ދެނެވޮޑިގަތުމާއި، قُدْرَة ތެރިވަންތަ ކަމުގެ ގޮތުން އެކަލާނގެ ވޮޑިގެން ވާނެއެވެ.) އަދި ފަސް މީހުން نَجْوَى އެއް ކުރަންޏާ، ހަވަނައަށް އެކަލާނގެ ވޮޑިގެން ވެއެވެ. އަދި ކިތަންމެ މަދު ބަޔަކު نَجْوَى ކުރިޔަސް، އަދި ކިތަންމެ ގިނަ ބަޔަކު نَجْوَى ކުރިޔަސް، އަދި ކޮންމެ ތާކު ކުރިޔަސް، އެތަނެއްގައި އެ ބައެއްގެ ތެރޭގައި (ދެނެވޮޑިގަތުމާއި، قُدْرَة ތެރިކަމުގެ ގޮތުން) އެކަލާނގެ ވޮޑިގެން ވާނެއެވެ. ދެން އެމީހުން އެކުރި ހުރިހައި ކަމެއްގެ، އަދި ދެއްކި ވާހަކައެއްގެ خَبَر قِيامَة ދުވަހުން އެކަލާނގެ ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ تَعالَىއީ ހުރިހައި ކަމެއް ދެނެވޮޑިގެންވާކަލާނގެއެވެ.
Verse 8
أَلَمْ تَرَ إِلَى ٱلَّذِينَ نُهُوا۟ عَنِ ٱلنَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا۟ عَنْهُ وَيَتَنَـٰجَوْنَ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَإِذَا جَآءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِىٓ أَنفُسِهِمْ لَوْلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ ٱلْمَصِيرُ
Transliteration alam tara ilā alladhīna nuhū ʿani l-najwā thumma yaʿūdūna limā nuhū ʿanhu wayatanājawna bil-ith'mi wal-ʿud'wāni wamaʿṣiyati l-rasūli wa-idhā jāūka ḥayyawka bimā lam yuḥayyika bihi l-lahu wayaqūlūna fī anfusihim lawlā yuʿadhibunā l-lahu bimā naqūlu ḥasbuhum jahannamu yaṣlawnahā fabi'sa l-maṣīru
Dhivehi نَجْوَى ކުރުން އެބަޔަކަށް ނަހީ ކުރެވުނުމަށްފަހު ދެން އަލުންވެސް އެކަމަށް އެމީހުން رُجُوع ވެ، نَجْوَى ކުރަމުންދާ މީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުން نَجْوَى ކުރަމުން އެ ދަނީ ފާފަވެރި ވެވޭ، އަދި عَداوَة ތެރި ވެވޭނޭ ގޮތުންނެވެ. އަދި رَسُولُ اللَّهِ ﷺ އާއި އުރެދުމުގައެވެ. އަދި ކަލޭގެފާނުގެ އަރިހަށް އެމީހުން އަތުވެއްޖެއްޔާ އެމީހުން ކަލޭގެފާނާ އެ ސަލާންކުރަނީ ﷲ ކަލޭގެފާނަށް ސަލާންކުރައްވާފައި ނުވާ ފަދައަކުންނެވެ. އަދި އެފަދައިން ކަންކޮށްފައި، އެމީހުން އަމިއްލަ-އަމިއްލައަށް ބުނެއެވެ. [އަހުރެމެން މި ކުރި ކަންތަކަށް، އަހުރެމެން މި ބުނި ބަހަށް ﷲ އަހުރެމެންނަށް އަނެއްކާ عَذاب ނުދެއްވާނޭ ބާވައެވެ؟ عَذاب ދެއްވާފާނޭ ކަންވެސްނޭނގެއެވެ.] އެމީހުންގެ އެ ނުބައިކަމަށް ނަރަކަ ފުދެއެވެ. قِيامَة ދުވަހުން އެމީހުން އެތާ އަނދާނެއެވެ. އެއީ ގޮސްތިބުން ވަރަށްވެސް ނުބައިވެގެންވާ ތަނެކެވެ.\nމި ދެއާޔަތުގައި ސިފަވެގެން މިދަނީ رَسُولُ اللَّهِ ގެ ޒަމާނުގައި يَهُودِي ންގެ ބަޔަކު ކަންތައް ކުރި ގޮތެއްގެ ވާހަކަ އަކާއި، އެބައިމީހުންގެ آخِر ނަތީޖާގެ ވާހަކައެވެ. (ألْواحِدِى ވިދާޅުވިއެވެ. [تَفْسِير عِلْم ވެރީން ވިދާޅުވިއެވެ. مُنافِق ންގެ މީހުންނާއި، يَهُودِي ންނާ ދެބައިމީހުން އެއްވެ ތިބެގެން ސިއްރު ވާހަކަ ދައްކާ ކަމުގައި ވިއެވެ. އެމީހުން مُؤْمِن ންގެ މީހުންނަށް ހީކުރުވަނީ مُؤْمِن ންގެ ނުބަޔަށް ސިއްރު ވާހަކަ ދައްކާ ކަމަށެވެ. ދެން އޭގެ ސަބަބުން مُؤْمِن ންގެ މީހުންނަށް ވަރަށް ހިތާމަވެރިކަން އާދެއެވެ. އެޒަމާނަކީ ހަނގުރާމައިގެ ވަގުތެވެ. އަދި مُؤْمِن ންނާއި، يَهُودِي ންނާ ދެމެދު صُلْح ގެ مُعاهَدَة އެއް ވެސް ވެފައިވާ ވަގުތެވެ. ދެންފަހެ، މި يَهُودِي ންގެ މި عَمَل ގިނަވެގެން مُؤْمِن ން رَسُولُ اللَّهِ ﷺ އަށް އެކަމުގެ شَكْوَى ދަންނަވައި ހަދައިފިއެވެ. އެހެންވެ رَسُولُ اللَّهِ ﷺ، يَهُودِي ންނަށް އެކަން މަނާކުރައްވައި، ނަހީކުރައްވައިފިއެވެ. އެހެން ނަމަވެސް އެމީހުން އެކަމުން މަނާވެ، ދުރުނުވިއެވެ. އިސްވެދިޔަ ދެ آيَة ގައި އެ އިޝާރަތް ކުރައްވާ އެއްކަމަކީ އެއީއެވެ. = فَتْحُ الْقَدِير =\nއަނެއް ވާހަކަޔަކީ يَهُودِي ންގެ މީހުން رَسُولُ اللَّهِ ﷺ ގެ އަރިހަށް އައިސް އެކަލޭގެފާނަށް ނުބައި عِبارة ން سَلام ކުރާ ވާހަކައެވެ. سَلام ކުރުމަށް އެމީހުން ބޭނުންކުރާ عِبارة އަކީ (السَّامُ عَلَيْكَ އެވެ. އޭގެ މުރާދަކީ އެކަލޭގެފާނު މަރުވުމަށް އެމީހުން دُعاء ކުރުމެވެ.) = فَتْحُ الْقَدِير =\nﷲ سُبْحانَهُ وَتَعالَى مُؤْمِن ންނަށް އެކަންކަން އަންގަވައި، އެ مُنافِق ންނާއި، يَهُودِي ންގެ خَبَر ތައް بَيان ކުރެއްވީއެވެ. އެމީހުން مُؤْمِن ންނަށް ނުބައިހީކުރުވުމަށްނުބައި ސިއްރު ވާހަކަ ދައްކާން ތިންމީހުން ތިއްބަސް ހަތަރުވަނަޔަށް އެކަލާނގެވޮޑިގެން ވާނޭ ކަމާއި، ކިތަންމެ މަދު ބަޔަކު ތިއްބަސް، އަދި ކިތަންމެ ގިނަ ބަޔަކު ތިއްބަސް، އަދި ކޮންމެ ތާކު ތިބެގެން ވާހަކަދެއްކިޔަސް ﷲ އެކަން ދެނެވޮޑިގެންވާނޭކަން އަންގަވައި بَيان ކުރެއްވީއެވެ. އަދި އިސްވެ ދިޔަފަދަ ނުބައި عَمَل ތައް ކުރާ މީހުންގެ ޖާގަޔަކީ قِيامَة ދުވަހުން ނަރަކަ ކަމާއި، އެމީހުންނަށް އެތަން ފުދޭވަރު ވާނޭކަންވެސް އެންގެވީއެވެ. މި ވާހަކަތައް ދިގުކޮށް تَفْصِيل ކޮށް تَفْسِير ފޮތްތަކުގައި ލިޔެވިގެން ވެއެވެ. އެހެންވެ، އެ ވާހަކަތައް ހަނދާންކޮށްލީއެވެ.
Verse 9
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَنَـٰجَيْتُمْ فَلَا تَتَنَـٰجَوْا۟ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَتَنَـٰجَوْا۟ بِٱلْبِرِّ وَٱلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ
Transliteration yāayyuhā alladhīna āmanū idhā tanājaytum falā tatanājaw bil-ith'mi wal-ʿud'wāni wamaʿṣiyati l-rasūli watanājaw bil-biri wal-taqwā wa-ittaqū l-laha alladhī ilayhi tuḥ'sharūna
Dhivehi އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން نَجْوَى ކުރަންޏާ ފާފަވެރި ވެވޭފަދަ އަދި عَداوَة ތެރި ވެވޭފަދައިން نَجْوَى ނުކުރާށެވެ. އެބާވަތުގެ ވާހަކަ ނުދައްކާށެވެ. އަދި رَسُول އަށް އުރެދެވޭފަދަ نَجْوَى ނުކުރާށެވެ. އަދި އެހެނެއް ކަމަކު ތިޔަބައިމީހުން نَجْوَى ކުރަންޏާވެސް ހެޔޮކަންތަކާއި، تَقْوَى ވެރިވެވޭ ކަންކަމުގައި نَجْوَى ކުރާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް تَقْوَى ވެރި ވާށެވެ. އެކަލާނގެއީ އެކަލާނގެ حَضْرَة އަށް ތިޔަބައިމީހުން مَحْشَر ކުރެވޭނޭ ކަލާނގެއެވެ.
Verse 10
إِنَّمَا ٱلنَّجْوَىٰ مِنَ ٱلشَّيْطَـٰنِ لِيَحْزُنَ ٱلَّذِينَ ءَامَنُوا۟ وَلَيْسَ بِضَآرِّهِمْ شَيْـًٔا إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
Transliteration innamā l-najwā mina l-shayṭāni liyaḥzuna alladhīna āmanū walaysa biḍārrihim shayan illā bi-idh'ni l-lahi waʿalā l-lahi falyatawakkali l-mu'minūna
Dhivehi ހަމަކަށަވަރުން ފާފަވެރި ވެވޭ، އަދި عَدَاوَة ތެރި ވެވޭ نَجْوَى އަކީ ސައިތާނުގެ ފަރާތުން ވާ ކަމެކެވެ. އޭނާގެ ރޭވުމެކެވެ. އެއީ إِيْمَان ވެގެން ވާ މީސްތަކުންނަށް ހިތާމަވެރިކަން ޖެއްސުމަށް ޓަކައި ކުރާ ކަމެކެވެ. އެކަމަކު ﷲ ގެ އިޒުނަފުޅާ ލައިގެން މެނުވީ އެކަމުން އެމީހުންނަށް، އެބަހީ مُؤْمِن ންނަށް އެއްވެސް ގެއްލުމެއް ދެވޭނޭ ކަމުގައި ނުވެއެވެ. އަދި مُؤْمِن ން ހަމައެކަނި ﷲ އަށް وَكِيل ކޮށް، ބަރޯސާ ކުރާހުށި ކަމެވެ. އިތުބާރު ކުރާހުށި ކަމެވެ.
Verse 11
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَـٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَـٰتٍ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
Transliteration yāayyuhā alladhīna āmanū idhā qīla lakum tafassaḥū fī l-majālisi fa-if'saḥū yafsaḥi l-lahu lakum wa-idhā qīla unshuzū fa-unshuzū yarfaʿi l-lahu alladhīna āmanū minkum wa-alladhīna ūtū l-ʿil'ma darajātin wal-lahu bimā taʿmalūna khabīrun
Dhivehi އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. مَجْلِس ތަކުގައި (އެހެން މީހުން އިށީންނާން) [ކަލޭމެން ތަނަވަސްކޮށްލާށޭ] ކަލޭމެންނަށް ބުނެވިއްޖެއްޔާ ފަހެ ކަލޭމެން މަޖްލިސް ތަނަވަސްކޮށްލާށެވެ. އެއިރުން ﷲ ކަލޭމެންނަށް ތަނަވަސް ކޮށްދެއްވާނެއެވެ. އަދި [ކަލޭމެން ތެދުވާށޭ] ކަލޭމެންނަށް ބުނެވިއްޖެއްޔާ ދެން ކަލޭމެން ތެދުވާށެވެ. ފަހެ ﷲ ކަލޭމެންކުރެ إِيْمَان ވީ މީހުންނާއި، އަދި عِلْم އުނގެނުނު މީހުން މަތިވެރި އެތައް ދަރަޖަތަކަކަށް އުފުއްލަވާނެއެވެ. އަދި ކަލޭމެން ކުރާހައި ކަމެއްގެ خَبَر ﷲ ދެނެވޮޑިގެން ވެއެވެ. (قِيامَة ދުވަހުން އެ ކަންކަމުގެ ﷲ ކަލޭމެންނަށް ދެއްވާނެތެވެ.)\nނޯޓް: މި އާޔަތުން އިޝާރާތްވެގެން މިވަނީ رَسُولُ اللَّهِ ﷺ ގެ أصْحاب ންގެ މެދުގައި ދިމާވި مَسْأَلَة އަކަށެވެ. އެ ވާހަކައިގެ خُلاصَة އަކީ: بَدْر ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި أصْحاب ންނަށް رَسُولُ اللَّهِ ﷺ އިތުރު ސަމާލުކަމެއް ބަހައްޓަވާ ކަމުގައި ވިއެވެ. އެއްދުވަހަކު رَسُولُ اللَّهِ ﷺ އާއި، ބައެއް أصْحاب ން مَجْلِس ގައި ތިއްބަވަނިކޮށް بَدْر ހަނގުރާމައަށް ވަޑައިގެންނެވި ބޭކަލުންކުރެ ބައެއް ބޭކަލުން ވަޑައިގެން رَسُولُ اللَّهِ ﷺ އާ ސަލާންކުރައްވައި، ދެންވެސް ތިއްބެވި ބޭކަލުންނަށް سَلام ކުރެއްވުމަށްފަހު އެކަލޭގެފާނާ ދިމާވާ ގޮތަށް ކޮޅަށް ތިއްބެވިއެވެ. އެއީ އިށީނދެވަޑައިގަންނަވާނޭ ތަންކޮޅެއް ނެތިގެންނެވެ. އެ ބޭކަލުން އެހެން ތިއްބެވީތީ އެކަން އެކަލޭގެފާނަށް ބޮޑުފުޅުވެގެން އެބޭކަލުންނަށް ތަން ދެއްވާން ވެގެން ކުރީން އިށީނދެވަޑައިގެން ތިއްބެވި ބޭކަލުން ކުރެ ބައެއް ބޭކަލުން ތެދުވެވަޑައިގެންނެވުމަށް ވިދާޅުވި ކަމުގައި ވިއެވެ. އެއީ ބަދުރުގެ ބޭކަލުންނަށް މާތްކޮށް ހިއްތެވުމަށް ޓަކައެވެ. މިކަމާ ގުޅިގެން މި އާޔަތް ބާވައިލެއްވީ ކަމުގައި ވިއެވެ. = فتح القدير - إبن كثير =
Verse 12
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَـٰجَيْتُمُ ٱلرَّسُولَ فَقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Transliteration yāayyuhā alladhīna āmanū idhā nājaytumu l-rasūla faqaddimū bayna yaday najwākum ṣadaqatan dhālika khayrun lakum wa-aṭharu fa-in lam tajidū fa-inna l-laha ghafūrun raḥīmun
Dhivehi އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން رَسُولُ اللَّهِ ﷺ އާ ސިއްރު ވާހަކައެއް ދައްކާން قَصْد ކުރަންޏާ އެ ވާހަކައެއް ދައްކާން ފެށުމުގެ ކުރީން صَدَقاة އެއް ކުރާށެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮވެފައި طاهر ކަން ބޮޑެވެ. ދެންފަހެ ތިޔަބައިމީހުންނަށް صَدَقاة ކުރާނޭ މިންވަރެއް ނުލިބިއްޖެނަމަވެސް ކުށެއް ނެތެވެ. އެހެނީ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 13
ءَأَشْفَقْتُمْ أَن تُقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَـٰتٍ ۚ فَإِذْ لَمْ تَفْعَلُوا۟ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ
Transliteration a-ashfaqtum an tuqaddimū bayna yaday najwākum ṣadaqātin fa-idh lam tafʿalū watāba l-lahu ʿalaykum fa-aqīmū l-ṣalata waātū l-zakata wa-aṭīʿū l-laha warasūlahu wal-lahu khabīrun bimā taʿmalūna
Dhivehi ތިޔަބައިމީހުން އެފަދަ ވާހަކައެއް ދެއްކުމުގެ ކުރީން صَدَقاة ދީގެން فَقِير ވެދާނޭ ކަމަށް ބިރުވެތިވަނީ ހެއްޔެވެ؟ ފަހެ އެފަދަ صَدَقاة އެއް ތިޔަބައިމީހުންނަށް ނުދެވިއްޖެއްޔާ / (ނުލިބިއްޖެ) ހިނދުން، ތިޔަބައިމީހުންނަށް ﷲ تَوْبَة ލައްވައިފިއެވެ. ދެންފަހެ ތިޔަބައިމީހުން ނަމާދު قائِم ކޮށް، ޒަކާތް ދޭށެވެ. އަދި ﷲ އަށާއި، އަދި އެކަލާނގެ رَسُول އާ އަށް ކިޔަމަންތެރި ވާށެވެ. ﷲ އީ ތިޔަބައިމީހުން ކުރާހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެ ކަންކަމުގެ خَبَر قِيامَة ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާނެއެވެ.\nނޯޓް: إبن عَبَّاس ގެ އަރިހުން إبن المُنْذِر އާއި، إبن أبِى حاتِم އާއި، إبن مَوْدُوَيه ރިވާކުރައްވައި، ނެރުއްވާފައި ވެއެވެ. مُسْلِمންގެ ބައެއް މީހުން رَسُولُ اللَّهِ ﷺ އާ އެކި ބާވަތުގެ ސުވާލުތައް ކުރުން ގިނަކުރުމުން ﷲ تَعالَى އެކަން އެކަލޭގެފާނަށް ލުއިކުރެއްވުމަށް އިރާދަކުރައްވައި، އިސްވެދިޔަ ދެ އާޔަތް ބާވައިލެއްވިއެވެ. އެޔާ ގުޅިގެން މީސްތަކުން އެކަލޭގެފާނާ ގިނަ ސުވާލުތައް ކުރުން ދޫކޮށްލައްވައިފިއެވެ. އަދި ދާދި އަވަހަށް އެ حُكْم مَنْسُوخ ވެއްޖެއެވެ. = تَفْسِير فتح القدير =
Verse 14
۞ أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ
Transliteration alam tara ilā alladhīna tawallaw qawman ghaḍiba l-lahu ʿalayhim mā hum minkum walā min'hum wayaḥlifūna ʿalā l-kadhibi wahum yaʿlamūna
Dhivehi ﷲ އެބައިމީހުންގެ މައްޗަށް ކޯފާ ލައްވާފައިވާ މީހުން އެއީ ތިމާމެންގެ ވެރީން ކަމުގައި ހަދައިގެން އުޅޭ މީހުންނަށް ކަލޭގެފާނު ނުބައްލަވަނީތޯއެވެ؟ (އެބަހީ يَهُودِي ންނަކީ ތިމާމެންގެ ވެރީން ކަމުގައި ހަދައިގެން މިއުޅޭ مُنافِق ންގެ މީހުންގަނޑަށް ކަލޭގެފާނު ނުބައްލަވަނީތޯއެވެ؟) އެމީހުން ކަލޭމެން (مُؤْمِن ން) ގެ ތެރެއިން ނުވެއެވެ. އަދި އެމީހުން އެ يَهُودِي ންގެ ތެރެއިންވެސް ނުވެއެވެ. (އެއީ ހަމަ އޮރިޖިނަލް މުނާފިގުންނެވެ.) އެމީހުން ހަމަ ރަނގަޅަށް ދޮގެއްކަން ދެނެތިބި ހާލު ތިމާމެންނީ مُسْلِم ންނޭ ކިޔައިގެން ދޮގުހުވައި ކުރަނީއެވެ.
Verse 15
أَعَدَّ ٱللَّهُ لَهُمْ عَذَابًا شَدِيدًا ۖ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ
Transliteration aʿadda l-lahu lahum ʿadhāban shadīdan innahum sāa mā kānū yaʿmalūna
Dhivehi ގަދަވެގެންވާ عَذاب އެއް އެމީހުންނަށް މާތް ﷲ ތައްޔާރު ކުރައްވާނެއެވެ. އެއީ ދުނިޔޭގައި އެމީހުން ކުރަމުން ގެންދާ ކަމުގައި ވީ ނުބައި ކަންތަކުގެ ސަބަބުންނެވެ.
Verse 16
ٱتَّخَذُوٓا۟ أَيْمَـٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ فَلَهُمْ عَذَابٌ مُّهِينٌ
Transliteration ittakhadhū aymānahum junnatan faṣaddū ʿan sabīli l-lahi falahum ʿadhābun muhīnun
Dhivehi އެމީހުންގެ ހުވައި އެމީހުން އެ ހަދަނީ އެމީހުންގެ ފުރާނަ ސަލާމަތްކުރުމުގެ އައްޑަނައަކަށެވެ. (مُؤْمِن ންގެ ކަނޑިތަކުން ސަލާމަތްވުމުގެ ހަތިޔާރަކަށެވެ.) ފަހެ އެގޮތުން އެހެން މީހުންނަށް އެމީހުން ﷲ ގެ މަގު ބަންދުކުރަނީއެވެ. (إسلام دِين މަތީން އެހެން މީހުން ފޫހިކުރުވައި، އެ دِين އަށް ވަނުމަށް ހުރަސްއަޅަނީއެވެ.) ފަހެ އެމީހުންނަށް ހުރީ إهانة ތެރިވެގެންވާ عَذاب އެކެވެ. (އެއީ قِيامَة ދުވަހުންނެވެ.)
Verse 17
لَّن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًٔا ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ
Transliteration lan tugh'niya ʿanhum amwāluhum walā awlāduhum mina l-lahi shayan ulāika aṣḥābu l-nāri hum fīhā khālidūna
Dhivehi އެމީހުންނަށް އެމީހުންގެ މުދަލުން ވިޔަސް، އަދި އެމީހުންގެ ދަރީންގެ ފަރާތުން ވިޔަސް ﷲ ގެ عَذاب ން އެމީހުން ސަލާމަތް ކުރުމަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ. އެމީހުންނީ ނަރަކައިގެ އެކުވެރީންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.
Verse 18
يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًا فَيَحْلِفُونَ لَهُۥ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَىْءٍ ۚ أَلَآ إِنَّهُمْ هُمُ ٱلْكَـٰذِبُونَ
Transliteration yawma yabʿathuhumu l-lahu jamīʿan fayaḥlifūna lahu kamā yaḥlifūna lakum wayaḥsabūna annahum ʿalā shayin alā innahum humu l-kādhibūna
Dhivehi އަދި ﷲ އެންމެހައި މީސްތަކުން مَحْشَر އަށް ފޮނުއްވާ ދުވަހުން، މިއަދު ކަލޭމެން مُؤْمِن ންގެ ކައިރީގައި ދޮގުހުވައި ކުރާ ފަދައިން އެދުވަހުން ﷲ ގެ حَضْرَة ގައި ތިމާމެންނީ مُسْلِم ންނޭ ކިޔައި ދޮގުހުވައިތައް އެމީހުން ކުރާނެއެވެ. އަދި އެމީހުން އެ ދޮގުހުވައި ކޮށްފައި، އެމީހުން ހީކުރާނީ ތިމާމެންނަށް ފައިދާކުރާ ކަމެއް ކޮށްގެން ތިބި ކަމަށެވެ. ދަންނާށެވެ. އެމީހުންނީ ހަމަ ސީދާ ދޮގުވެރީންނެވެ.
Verse 19
ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَـٰنُ فَأَنسَىٰهُمْ ذِكْرَ ٱللَّهِ ۚ أُو۟لَـٰٓئِكَ حِزْبُ ٱلشَّيْطَـٰنِ ۚ أَلَآ إِنَّ حِزْبَ ٱلشَّيْطَـٰنِ هُمُ ٱلْخَـٰسِرُونَ
Transliteration is'taḥwadha ʿalayhimu l-shayṭānu fa-ansāhum dhik'ra l-lahi ulāika ḥiz'bu l-shayṭāni alā inna ḥiz'ba l-shayṭāni humu l-khāsirūna
Dhivehi އެމީހުންގެ މައްޗަށް شَيْطان އާ ގަދަވެގަނެ، ވެރިވެގަތީއެވެ. ދެންފަހެ އެސޮރު ﷲ ގެ ذِكْر ން އެމީހުން ހަނދާން ނައްތުވައިލީއެވެ. އެމީހުންނަކީ ސައިތާނުގެ جَماعَة ގެ މީހުންނެވެ. ދަންނާށެވެ. ސައިތާނުގެ جَماعَة ގެ މީހުންނީ ހަމަ ކަނޑައެޅިގެން ގެއްލި ހަލާކުވެގެންވާ މީހުންނެވެ.
Verse 20
إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَـٰٓئِكَ فِى ٱلْأَذَلِّينَ
Transliteration inna alladhīna yuḥāddūna l-laha warasūlahu ulāika fī l-adhalīna
Dhivehi ހަމަކަށަވަރުން ﷲ އާއި، އެކަލާނގެ رَسُول އާ އާ خِلاف ވެ، ދެކޮޅުވެރިވާ މީހުން ވަނީ ދެރަވެ، ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.
Verse 21
كَتَبَ ٱللَّهُ لَأَغْلِبَنَّ أَنَا۠ وَرُسُلِىٓ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ
Transliteration kataba l-lahu la-aghlibanna anā warusulī inna l-laha qawiyyun ʿazīzun
Dhivehi ﷲ ނިޔާކުރައްވައި، ނިންމަވާފައިވަނީ ﷲ އާއި، އެކަލާނގެ رَسُول ން ހަމަކަށަވަރުން ގަދަވެ، غالِب ވާނޭކަމުގެ މައްޗަށެވެ. ހަމަކަށަވަރުން ﷲ އީ ނުހަނު ގަދަފަދަވަންތަ، عِزَّة ވަންތަ ކަލާނގެއެވެ.
Verse 22
لَّا تَجِدُ قَوْمًا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَـٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَـٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَـٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ
Transliteration lā tajidu qawman yu'minūna bil-lahi wal-yawmi l-ākhiri yuwāddūna man ḥādda l-laha warasūlahu walaw kānū ābāahum aw abnāahum aw ikh'wānahum aw ʿashīratahum ulāika kataba fī qulūbihimu l-īmāna wa-ayyadahum birūḥin min'hu wayud'khiluhum jannātin tajrī min taḥtihā l-anhāru khālidīna fīhā raḍiya l-lahu ʿanhum waraḍū ʿanhu ulāika ḥiz'bu l-lahi alā inna ḥiz'ba l-lahi humu l-muf'liḥūna
Dhivehi ﷲ އަށާއި، އަދި آخِرَة ދުވަހަށް إِيْمَان ވާ މީހުން ﷲ އާއި، އެކަލާނގެ رَسُول އާ އާ އިދިކޮޅުހަދާ މީހުންނަށް ލޯބިކޮށް، ގުޅުންބަހައްޓާ ހަދާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. (އެބަހީ ﷲ އަށާއި، آخِرَة ދުވަހަށް إِيْمَان ވާ ބަޔަކު ﷲ އަށާއި، އެކަލާނގެ رَسُول އާއަށް އުރެދި، ދެކޮޅުހަދައި ނުކިޔަމަންތެރިވާ ބަޔަކަށް ލޯބިކޮށް، ގުޅުންބަހައްޓައި ނުހަދާނެއެވެ. އެފަދަ ކަންތައްތައް ކުރުން مُؤْمِن ންނަށް ހުއްދަވެގެން ނުވެއެވެ.) އަދި މިބުނާ ދެކޮޅުވެރި މީހުންނަކީ ތިމާމެންގެ ބަފައިން ކަމުގައި ވިޔަސް، އަދި ނުވަތަ ތިމާމެންގެ ދަރީން ކަމުގައި ވިޔަސް، އަދި ނުވަތަ ތިމާމެންގެ أَخ ން ކަމުގައި ވިޔަސް އަދި ނުވަތަ ތިމާމެންގެ ގާތްތިމާގެ މީހުން ކަމުގައި ވިޔަސް ފަރުވާލެއް ނެތެވެ. އެފަދަ މީހުންނަށް ގުޅުން ބަހައްޓައި، ލޯބިވެތިކަން ބެހެއްޓުން مُؤْمِن ންނަށް ހުއްދަވެގެން ނުވެއެވެ. އެހެނީ مُؤْمِن ންނަކީ އެމީހުންގެ ހިތްތަކަށް ﷲ إِيْمَان ކަން ދެއްވައި، ގަދަކުރައްވައި، އެކަލާނގެ حَضْرَة ން نَصْر ދެއްވާފައިވާ ބައެކެވެ. އަދި އެތަންތާނގެ ދަށުން އާރުތައް ދެމިއޮންނަ ސުވަރުގެތަކަށް އެކަލާނގެ އެމީހުން ވައްދަވާނެތެވެ. އެތަންތާނގައި އެމީހުން ދެމިތިބޭނެއެވެ. އެމީހުންނަށް ﷲ ރުއްސުން ލެއްވިއެވެ. އަދި އެމީހުންވެސް އެކަލާނގެއަށް ރުހިއްޖެއެވެ. އެއީ ﷲ ގެ جَماعَة އެވެ. ދަންނާށެވެ. ކާމިޔާބުވާނޭ މީހުންނަކީ ހަމަ ﷲ ގެ جَماعَة ގެ މީހުންނެވެ. ދަންނައެވެ. މިއާޔަތުން މިދަލީލު ކުރާ އެއްކަމަކީ މުސްލިމުންނޫންމީހުންގެ ފަރާތުން ހަމައެކަނި ސަލާމަތްވެ ރައްކާތެރިވުމަށްޓަކައިމެނުވީ މުސްލިމުނޫން މީހުންނާއި މުސްލިމުންގުޅުންބަހައްޓައި އެމީހުންނީ ތިމާމެންގެ ސަހަރޯވެރިންކަމުގައިބަލައި އެމީހުންނަށް އިތުބާރުކޮށް ގުޅުން ބަހައްޓައިހެދުން އެއްވެސް މުސްލިމަކަށް ހުއްދަނުވާނެކަމެވެ. - وَاللَّهُ وَلِيُّ التَّوْفِيْق -
Read Surah Al-Mujadila in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.