MyDugsiStart learning

Surah An-Nisa in Dhivehi: translation and audio

Surah 4 · النساء · The Women · 176 verses

Surah An-Nisa verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah An-Nisa word by word in English.

Verse 1

يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَآءً ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِى تَسَآءَلُونَ بِهِۦ وَٱلْأَرْحَامَ ۚ إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًا

Transliteration yāayyuhā l-nāsu ittaqū rabbakumu alladhī khalaqakum min nafsin wāḥidatin wakhalaqa min'hā zawjahā wabatha min'humā rijālan kathīran wanisāan wa-ittaqū l-laha alladhī tasāalūna bihi wal-arḥāma inna l-laha kāna ʿalaykum raqīban

Dhivehi އޭ މީސްތަކުންނޭވެ! ކަލޭމެން ކަލޭމެންގެ رَبّ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އެކަލާނގެއީ އެންމެ نفس އަކުން ކަލޭމެން ހެއްދެވި ކަލާނގެއެވެ. އެއީ آدم عليه السّلام ގެ نفس ފުޅެވެ. (ﷲ تعالى آدم عليه السّلام ހައްދަވައި އެކަލޭގެފާނުންގެ ދަރިފަސްކޮޅު ކަމުގައި އެންމެހައި އިންސާނުން ލެއްވިއެވެ. އެންމެންނަކީ آدم ގެ ދަރިންނެވެ.) އަދި آدم ގެފާނުންގެ ކިބައިން އެކަލޭގެފާނުންގެ އަނބިކަނބަލުން سِتُّنَا حَوَّاى ގެފާނު އެކަލާނގެ ހެއްދެވިއެވެ. (حَوَّاى ގެފާނުން ހައްދަވާފައިވަނީ آدم عليه السّلام ގެ އަރިކަށީގެ ކަށިކޮޅަކުން ކަމުގައި ރިވާވެގެން ވެއެވެ.) އަދި އެދެކަނބަލުންގެ ފަރާތުން އެތައްގިނަ ފިރިހެނުންނާއި އަންހެނުން އެކަލާނގެ ހެއްދެވިއެވެ. އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އެކަލާނގެއީ އެކަލާނގެއާއިމެދު ކަލޭމެން އެއްބަޔަކު އަނެއްބަޔަކާ ސުވާލުކުރާ ކަލާނގެއެވެ. އަދި އެކަލާނގެ މެދުވެރިކޮށް ކަލޭމެން ކަންކަމަށް އެދޭ ކަލާނގެއެވެ. އަދި رَحِم އާއިމެދުވެސް ކަލޭމެން ބިރުވެތިވާށެވެ. އެބަހީ ގާތްތިމާގެކަމުގެ ގުޅުން ކަލޭމެން ގުޅާ ދަމަހައްޓާށެވެ! އެގުޅުން ނުކަނޑާށެވެ! އެކަމާމެދު ބިރުވެތިވާށެވެ! ހަމަކަށަވަރުން ކަލޭމެންކުރާ އެންމެހައި ކަންތަކަށް ބައްލަވާ (ފާރަވެރިވެވޮޑިގެންވާ) ކަލަކު ކަމުގައި ﷲ ވިއެވެ.

Verse 2

وَءَاتُوا۟ ٱلْيَتَـٰمَىٰٓ أَمْوَٰلَهُمْ ۖ وَلَا تَتَبَدَّلُوا۟ ٱلْخَبِيثَ بِٱلطَّيِّبِ ۖ وَلَا تَأْكُلُوٓا۟ أَمْوَٰلَهُمْ إِلَىٰٓ أَمْوَٰلِكُمْ ۚ إِنَّهُۥ كَانَ حُوبًا كَبِيرًا

Transliteration waātū l-yatāmā amwālahum walā tatabaddalū l-khabītha bil-ṭayibi walā takulū amwālahum ilā amwālikum innahu kāna ḥūban kabīran

Dhivehi (އޭ يَتِيْمُ ކުދިންގެ مَسْؤل ވެރިންނޭވެ!) يَتِيْمُ ން (ބޮޑުވެ تَصَرّف ފުދުނީމާ) އެކުދިންގެ މުދާ އެކުދިންނަށް ދޭށެވެ. އަދި ވިޔާނުދާ ނުބައިތަކެތި ރަނގަޅު އެއްޗެއްސަށް ކަލޭމެން ބަދަލު ނުކުރާށެވެ! (حرام އެއްޗެތި حلال އެއްޗެއްސަށް ބަދަލު ނުކުރާށެވެ. / يَتِيْمُ ކުދިންގެ ރަނގަޅު މުދާ ކަލޭމެންގެ ދެރަ އަދި ދަށް މުދަލަށް ބަދަލު ނުކުރާށެވެ.) އަދި ކަލޭމެންގެ މުދަލާއިއެކު އެކުދިންގެ މުދާ ނުކާށެވެ! ހަމަކަށަވަރުން އެގޮތަށް ކަންތައް ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ.

Verse 3

وَإِنْ خِفْتُمْ أَلَّا تُقْسِطُوا۟ فِى ٱلْيَتَـٰمَىٰ فَٱنكِحُوا۟ مَا طَابَ لَكُم مِّنَ ٱلنِّسَآءِ مَثْنَىٰ وَثُلَـٰثَ وَرُبَـٰعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا۟ فَوَٰحِدَةً أَوْ مَا مَلَكَتْ أَيْمَـٰنُكُمْ ۚ ذَٰلِكَ أَدْنَىٰٓ أَلَّا تَعُولُوا۟

Transliteration wa-in khif'tum allā tuq'siṭū fī l-yatāmā fa-inkiḥū mā ṭāba lakum mina l-nisāi mathnā wathulātha warubāʿa fa-in khif'tum allā taʿdilū fawāḥidatan aw mā malakat aymānukum dhālika adnā allā taʿūlū

Dhivehi އަދި يَتِيْمُ (އަންހެންކުދިންގެ) ކާވެނިރަން ފުރިހަމައަށް އަދާނުކުރެވޭނެކަމަށް ކަލޭމެން ބިރުވެތިވަންޏާ، އެކަމުގައި عدل ވެރި ނުވެވޭނެކަމަށް ބިރުވެތިވަންޏާ (އެކުދިން ފިޔަވައި) ކަލޭމެން ރުހޭ އަދި ހިތައިވާ އަންހެނުންކުރެ ދެމީހުނާ، އަދި ތިންމީހުނާ، ނުވަތަ ހަތަރުމީހުނާ އިންނާށެވެ! ދެންފަހެ އަނބީންގެ މެދުގައި عدل ވެރި ނުވެވޭނެކަމަށް ބިރުވެތިވަންޏާ އެކަކާ އިންނާށެވެ. އަދި އެންމެ އަންހެނެއްގެ ކަންތައް ނުބެލެހެއްޓޭނެކަމަށް ބިރުވެތިވަންޏާ ނުވަތައެންމެ އަނތްބަކުންނުފުދެންޏާ ދެން ކަލޭމެންގެ ކަނާތްތައް މިލްކުކުރި މީހުން ގެންގުޅޭށެވެ! އަޅު އަންހެނުން ގެންގުޅޭށެވެ! އެގޮތް އަނިޔާވެރިވުމުގެ ފަރާތަށް ލެބެވުން ކުޑަވާނެއެވެ.

Verse 4

وَءَاتُوا۟ ٱلنِّسَآءَ صَدُقَـٰتِهِنَّ نِحْلَةً ۚ فَإِن طِبْنَ لَكُمْ عَن شَىْءٍ مِّنْهُ نَفْسًا فَكُلُوهُ هَنِيٓـًٔا مَّرِيٓـًٔا

Transliteration waātū l-nisāa ṣaduqātihinna niḥ'latan fa-in ṭib'na lakum ʿan shayin min'hu nafsan fakulūhu hanīan marīan

Dhivehi އަދި (އޭ ފިރިހެނުންނޭވެ!) އަންހެނުންނަށް އެކަނބަލުންގެ ކާވެނިރަން ކަނޑައެޅި ބަޔާންވެގެންވާ فرض އެއްޗެއްގެ ގޮތުގައި ދޭށެވެ! ދެންފަހެ އެކަނބަލުންގެ ހިތްހަމަޖެހިގެން އޭގެތެރެއިން މިންވަރެއް ކަލޭމެންނަށް ދީފިއްޔާ (ކަނޑައެޅޭ ރަނުގެ ބައެއް معاف ކޮށްފިއްޔާ) އެއެއްޗެއް ކަލޭމެން އުނދަގުލެއް އަދި މަކަރެއްނެތި ފަސޭހަކަމާއެކު ކާށެވެ. އޭގައި ބޭނުން ކުރާށެވެ!

Verse 5

وَلَا تُؤْتُوا۟ ٱلسُّفَهَآءَ أَمْوَٰلَكُمُ ٱلَّتِى جَعَلَ ٱللَّهُ لَكُمْ قِيَـٰمًا وَٱرْزُقُوهُمْ فِيهَا وَٱكْسُوهُمْ وَقُولُوا۟ لَهُمْ قَوْلًا مَّعْرُوفًا

Transliteration walā tu'tū l-sufahāa amwālakumu allatī jaʿala l-lahu lakum qiyāman wa-ur'zuqūhum fīhā wa-ik'sūhum waqūlū lahum qawlan maʿrūfan

Dhivehi އަދި (އޭ ފިރިހެނުންނޭވެ!) ކަލޭމެންގެ ދިރިއުޅުމުގެ ކަންތައް އޭގެމަތީގައި قائم ވެގެންވާ އެއްޗެއް ކަމުގައި ﷲ ކަލޭމެނަށް ލައްވާދެއްވާފައިވާ މުދާ سَفِيْهُ ން އަތަށް ނުދޭށެވެ! (މުދާ ގެންގުޅެން ނޭނގޭ މޮޔައިން އަތަށް ނުދޭށެވެ!) (ގިނަ تفسير ތަކުގައިވަނީ އެމީހުންނަކީ އަންހެނުންނާ ކުޑަކުދިން ކަމުގައެވެ. ނަމަވެސް حقّ ގޮތެއްކަމުގައި ފެންނަނީ ފިރިހެނުން ނެއްކަމަކު މުދާ ގެންގުޅެން ނޭނގޭ މީހުން އަތަށް ނުދޫކުރުމެވެ.) އަދި އެއިން އެމީހުންނަށް ކަލޭމެން ރިޒުގުދެށޭވެ! ކާންދޭށެވެ! އަދި އެއިން ކަލޭމެން އެމީހުން ނިވައިކޮށްދޭށެވެ! ފޭރާން ދޭށެވެ! އަދި ކަލޭމެން އެމީހުންނަށް އޯގާވެރި ރަނގަޅުބަސް ބުނާށެވެ.

Verse 6

وَٱبْتَلُوا۟ ٱلْيَتَـٰمَىٰ حَتَّىٰٓ إِذَا بَلَغُوا۟ ٱلنِّكَاحَ فَإِنْ ءَانَسْتُم مِّنْهُمْ رُشْدًا فَٱدْفَعُوٓا۟ إِلَيْهِمْ أَمْوَٰلَهُمْ ۖ وَلَا تَأْكُلُوهَآ إِسْرَافًا وَبِدَارًا أَن يَكْبَرُوا۟ ۚ وَمَن كَانَ غَنِيًّا فَلْيَسْتَعْفِفْ ۖ وَمَن كَانَ فَقِيرًا فَلْيَأْكُلْ بِٱلْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَٰلَهُمْ فَأَشْهِدُوا۟ عَلَيْهِمْ ۚ وَكَفَىٰ بِٱللَّهِ حَسِيبًا

Transliteration wa-ib'talū l-yatāmā ḥattā idhā balaghū l-nikāḥa fa-in ānastum min'hum rush'dan fa-id'faʿū ilayhim amwālahum walā takulūhā is'rāfan wabidāran an yakbarū waman kāna ghaniyyan falyastaʿfif waman kāna faqīran falyakul bil-maʿrūfi fa-idhā dafaʿtum ilayhim amwālahum fa-ashhidū ʿalayhim wakafā bil-lahi ḥasīban

Dhivehi (އޭ يتيم ންގެ مَسْؤل ވެރިންނޭވެ!) يتيم ކުދިން بَالِغُ ވެއްޖައުމަށްދާންދެން (ނުވަތަ بَالغ ވީމާ) ކަލޭމެން އެކުދިން ބުއްދި ރަނގަޅުތޯ إمتحان ކުރައްވާށެވެ. ދެންފަހެ ކަލޭމެންނަށް އެކުދިންގެ ކިބައިން ބުއްދީގެ ރަނގަޅުކަމާއި صَلاَحِيّة ސާބިތުވެއްޖެއްޔާ ދެން އެކުދިންގެމުދާ އެކުދިންނަށް ދޭށެވެ! އެކުދިންނާ حوال ކުރާށެވެ! އަދި إسرافގެ ގޮތުގައި - އެބަހީ ނަހަމަގޮތުގައި - އަދި حرام ގޮތުގައި އަވަހަށް އެކުދިން ބޮޑުވެދާނެތީ އޭގެކުރިން ކައި އެއިން ބޭނުން ނުކުރާށެވެ! އަދި އެމުދާ ބަލަހައްޓާ މީހަކީ މުއްސަނދިމީހެއްނަމަ ފަހެ އޭނާ عِفَّة ތެރިވާށެވެ! އެމުދަލުން ބޭނުން ނުކުރާށެވެ! އަދި އެމުދާ ބަލަހައްޓާ މީހާއަކީ فقير އެއްނަމަ ރަނގަޅުގޮތުގައި އެއިން ކައިހަދާށެވެ! ބޭނުން ކުރާށެވެ! (އެމިންވަރަކީ އޭނާގެ މަސައްކަތުގެ އުޖޫރައަށް ވާވަރެވެ.) ދެންފަހެ ކަލޭމެން (އެކުދިން ބޮޑުވެ تصرّف ފުދުމަށްފަހު) އެކުދިންނާ މުދާ حوال ކުރަންޏާ އެކުދިންނަށް އެމުދާ حوال ކުރިކަމަށް (ދިންކަމަށް) ހެކިކުރުވާށެވެ! ހެކިންލާށެވެ! އަދި ހިސާބުކުރައްވާ ކަލަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. އެބަހީ ހެކިވޮޑިގަންނަވާ ކަލަކުކަމުގައި އެކަލާނގެ ފުދިވޮޑިގަންނަވައެވެ.

Verse 7

لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ وَلِلنِّسَآءِ نَصِيبٌ مِّمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَّفْرُوضًا

Transliteration lilrrijāli naṣībun mimmā taraka l-wālidāni wal-aqrabūna walilnnisāi naṣībun mimmā taraka l-wālidāni wal-aqrabūna mimmā qalla min'hu aw kathura naṣīban mafrūḍan

Dhivehi މައިންބަފައިންނާއި ގާތްތިމާގެމީހުން މަރުވުމަށްފަހު ދޫކޮށްފައިދާ މުދަލުން (ތަރިކައިން) ފިރިހެނުންނަށް (ކަނޑައެޅި عيّن ވެގެންވާ) ބައެއްވެއެވެ. އަދި މައިންބަފައިންނާއި ގާތްތިމާގެ މީހުން މަރުވުމަށްފަހު ދޫކޮށްފައިދާ މުދަލުން (ތަރިކައިން) އަންހެނުންނަށް (ކަނޑައެޅި عيّن ވެގެންވާ) ބައެއްވެއެވެ. އެއީ ކިތަންމެ މަދު މުދަލެއްނަމަވެސް އަދި ގިނަމުދަލެއްނަމަވެސް ކަނޑައެޅި فرض ވެގެންވާ އެއްޗެއްގެ ގޮތުން އެމީސްމީހުންނަށް އެތަކެތި ދޭންވާނެއެވެ! (ދެންފަހެ މިކަމާބެހޭ تفصيل ތައް މިސޫރަތުގެ އެގާރަވަނަ އާޔަތުން ފެށިގެންވާ ދެތިން އާޔަތެއްގައިވެއެވެ.)

Verse 8

وَإِذَا حَضَرَ ٱلْقِسْمَةَ أُو۟لُوا۟ ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينُ فَٱرْزُقُوهُم مِّنْهُ وَقُولُوا۟ لَهُمْ قَوْلًا مَّعْرُوفًا

Transliteration wa-idhā ḥaḍara l-qis'mata ulū l-qur'bā wal-yatāmā wal-masākīnu fa-ur'zuqūhum min'hu waqūlū lahum qawlan maʿrūfan

Dhivehi އަދި ތަރިކަމުދާ ބަހާތަނަށް (އެމުދާ ވާރުތަނާރާ ދުރުހިސާބުގެ) ގާތްތިމާގެމީހުންނާއި يتيم ންނާއި مسكين ންނާއި حاضر ވެއްޖެއްޔާ ކަލޭމެން އެއިން އެބަހީ އެމުދަލުން އެމީހުންނަށް ކޮންމެވެސް މިންވަރެއް ދޭހުށިކަމެވެ! އަދި އެމީހުންނަށް ރަނގަޅު އޯގާވެރި ހެޔޮބަސްބުނާށެވެ. • ދަންނައެވެ! މިއާޔަތުގައި މިބަޔާންކުރީ އާޔަތުގެ އެއްމާނައެވެ. އަދި ބައެއް ބޭކަލުން ވިދާޅުވަނީ މިއާޔަތަކީ ތަރިކަބެހުމުގެ تفصيل حكم އައުމުގެކުރިން އޮތްގޮތް ކަމަށެވެ. އެއާޔަތް ބާވައިލެއްވުމުން މިއާޔަތުގެ حكم مَنْسُوخ ވެގެންވާ ކަމަށެވެ. والله أعلم. ކޮންމެއަކަސް އާޔަތުގެ مُرَاد އާއިމެދު إختلاف ވެއެވެ. އެހެންވެ އެވާހަކަ ހަނދާންކޮށްލީއެވެ. مَنْسُوخ ނުވެޔޭ ބުނާބަސް ގަދައެވެ.

Verse 9

وَلْيَخْشَ ٱلَّذِينَ لَوْ تَرَكُوا۟ مِنْ خَلْفِهِمْ ذُرِّيَّةً ضِعَـٰفًا خَافُوا۟ عَلَيْهِمْ فَلْيَتَّقُوا۟ ٱللَّهَ وَلْيَقُولُوا۟ قَوْلًا سَدِيدًا

Transliteration walyakhsha alladhīna law tarakū min khalfihim dhurriyyatan ḍiʿāfan khāfū ʿalayhim falyattaqū l-laha walyaqūlū qawlan sadīdan

Dhivehi (މަރަށް حاضر ވާމީހާ وصيّة ކުރާތަނަށް حاضر ވާމީހާ) އަދި ބިރުވެތިވާހުށިކަމެވެ. މަރަށް حاضر ވާމީހުން ދުނިޔެއަށް ނިކަމެތި ضَعِيْفُ ކުދިންކޮޅެއް ދޫކޮށްފާދާނަމަ އަދި އެކުދިން ގެއްލި ހަލާކުވެދާނެކަމަށް ބިރުވެތިވަންޏާ އޭނާގެ މުދާކޮޅު وصيّة ކޮށްފާ އެހެނިހެން މީހުންނަށް ދޭން قصد ކުރާނަމަ އެމީހުންގެ ދަރިންނަށް އެމުދާކޮޅު ބަހައްޓާހުށިކަމެވެ. ފަހެ އެމީހުން ﷲ އަށް تقوى ވެރިވާހުށިކަމެވެ. އެބަހީ އެ وصيّة އަޑުއަހަންތިބި މީހުން ﷲ އަށް تقوى ވެރިވެ އޭނާއަށް ރަނގަޅުގޮތް ވިސްނައިދޭށެވެ! ދަރިންނަށް މުދާކޮޅު ބެހެއްޓުމަށް ވިސްނައިދޭށެވެ! އަދި އެމީހުން ސީދާ ތެދުބަސް ބުނާހުށިކަމެވެ!

Verse 10

إِنَّ ٱلَّذِينَ يَأْكُلُونَ أَمْوَٰلَ ٱلْيَتَـٰمَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِى بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا

Transliteration inna alladhīna yakulūna amwāla l-yatāmā ẓul'man innamā yakulūna fī buṭūnihim nāran wasayaṣlawna saʿīran

Dhivehi އަދި يتيم ކުދިންގެ މުދާ އަނިޔާވެރިގޮތުގައި ކައިހަދާމީހުން އެމީހުންގެ ބަނޑުތަކަށް އެމީހުން އެއަޅަނީ އަލިފާނެއެވެ. އަދި ނިކަންހުރެ އެމީހުން ނަރަކައަށް ވަންނަހުއްޓެވެ.

Verse 11

يُوصِيكُمُ ٱللَّهُ فِىٓ أَوْلَـٰدِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۚ فَإِن كُنَّ نِسَآءً فَوْقَ ٱثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِن كَانَتْ وَٰحِدَةً فَلَهَا ٱلنِّصْفُ ۚ وَلِأَبَوَيْهِ لِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدٌ ۚ فَإِن لَّمْ يَكُن لَّهُۥ وَلَدٌ وَوَرِثَهُۥٓ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُ ۚ فَإِن كَانَ لَهُۥٓ إِخْوَةٌ فَلِأُمِّهِ ٱلسُّدُسُ ۚ مِنۢ بَعْدِ وَصِيَّةٍ يُوصِى بِهَآ أَوْ دَيْنٍ ۗ ءَابَآؤُكُمْ وَأَبْنَآؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ فَرِيضَةً مِّنَ ٱللَّهِ ۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا

Transliteration yūṣīkumu l-lahu fī awlādikum lildhakari mith'lu ḥaẓẓi l-unthayayni fa-in kunna nisāan fawqa ith'natayni falahunna thuluthā mā taraka wa-in kānat wāḥidatan falahā l-niṣ'fu wali-abawayhi likulli wāḥidin min'humā l-sudusu mimmā taraka in kāna lahu waladun fa-in lam yakun lahu waladun wawarithahu abawāhu fali-ummihi l-thuluthu fa-in kāna lahu ikh'watun fali-ummihi l-sudusu min baʿdi waṣiyyatin yūṣī bihā aw daynin ābāukum wa-abnāukum lā tadrūna ayyuhum aqrabu lakum nafʿan farīḍatan mina l-lahi inna l-laha kāna ʿalīman ḥakīman

Dhivehi ކަލޭމެންގެ ދަރިންނާމެދު ﷲ ކަލޭމެނަށް أمر ކުރައްވަނީ تَرِكَة މުދާބެހުމުގައި ފިރިހެންދަރިއަކަށް ދެ އަންހެންދަރިންގެ ބައިދިނުމަށެވެ. ފަހެ ދެއަންހެންކުދިންނަށްވުރެ ގިނަ އަންހެނުން ތިބިއްޔާ (عَصَبَة ތެރިން ނެތްނަމަ) ތަރިކައިގެތެރެއިން އެކަނބަލުންނަށް ތިންބައިކުޅަ ދެބަޔެވެ. (އެބައި އެކަނބަލުންގެ މެދުގައި ބެހެވޭނެއެވެ.) އަދި އެއީ އެންމެ އަންހެނެއްނަމަ (عَصَبَة ކުރާނޭ މީހަކު ނެތިއްޔާ) އޭނާއަށް މުދަލުގެ ދެބައިކުޅައެއްބައެވެ. އަދި مَيّت އާގެ މައިންބަފައިންކުރެ ކޮންމެ މީހަކަށް مَيّت އާ ދޫކުރި ތަރިކައިގެ ހަބައިކުޅަ އެއްބައެވެ. އެއީ مَيّت އާ އަށް ދަރިންތިބި ކަމުގައި ވަންޏާއެވެ. އަދި مَيّت އާ ދަރިންނެތްނަމަ އޭނާގެ މައިން ބަފައިން ވާރުތަކުރާނެއެވެ. ފަހެ އޭނާގެ މަންމައަށް ތިންބައިކުޅަ އެއްބައެވެ. އަދި مَيّت އާއަށް أخ ންވާނަމަ އޭނާގެ މަންމައަށް ހަބައިކުޅަ އެއްބައެވެ. މިގޮތަށް މިކަން ހިނގާނީ مَيّت އާ ކޮށްފައިވާ وصيّة އާއި އަދި އޭނާގެ ދަރަނި (އޮތްނަމަ) އެދަރަނީގެ ކަންތަ އަދާކުރުމަށްފަހުގައެވެ. ކަލޭމެންގެ ބަފައިންނާ އަދި ދަރިންކުރެ ކަލޭމެނަށް مَنْفَعَ ބޮޑީ އެތަނުން ކާކުކަމެއް ކަލޭމެނަކަށް ނޭނގޭނެއެވެ. (އަދި އިސްވެދިޔަފަދައިން މުދާބެހުން) އެއީ ﷲ ކަނޑައަޅުއްވާފައިވާ فرض އެއްގެގޮތުން ކުރަންޖެހޭނެކަމެކެވެ. ހަމަކަށަވަރުން ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލަކުކަމުގައިވިއެވެ.

Verse 12

۞ وَلَكُمْ نِصْفُ مَا تَرَكَ أَزْوَٰجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌ ۚ فَإِن كَانَ لَهُنَّ وَلَدٌ فَلَكُمُ ٱلرُّبُعُ مِمَّا تَرَكْنَ ۚ مِنۢ بَعْدِ وَصِيَّةٍ يُوصِينَ بِهَآ أَوْ دَيْنٍ ۚ وَلَهُنَّ ٱلرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ ۚ فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ ٱلثُّمُنُ مِمَّا تَرَكْتُم ۚ مِّنۢ بَعْدِ وَصِيَّةٍ تُوصُونَ بِهَآ أَوْ دَيْنٍ ۗ وَإِن كَانَ رَجُلٌ يُورَثُ كَلَـٰلَةً أَوِ ٱمْرَأَةٌ وَلَهُۥٓ أَخٌ أَوْ أُخْتٌ فَلِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ ۚ فَإِن كَانُوٓا۟ أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَآءُ فِى ٱلثُّلُثِ ۚ مِنۢ بَعْدِ وَصِيَّةٍ يُوصَىٰ بِهَآ أَوْ دَيْنٍ غَيْرَ مُضَآرٍّ ۚ وَصِيَّةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَلِيمٌ

Transliteration walakum niṣ'fu mā taraka azwājukum in lam yakun lahunna waladun fa-in kāna lahunna waladun falakumu l-rubuʿu mimmā tarakna min baʿdi waṣiyyatin yūṣīna bihā aw daynin walahunna l-rubuʿu mimmā taraktum in lam yakun lakum waladun fa-in kāna lakum waladun falahunna l-thumunu mimmā taraktum min baʿdi waṣiyyatin tūṣūna bihā aw daynin wa-in kāna rajulun yūrathu kalālatan awi im'ra-atun walahu akhun aw ukh'tun falikulli wāḥidin min'humā l-sudusu fa-in kānū akthara min dhālika fahum shurakāu fī l-thuluthi min baʿdi waṣiyyatin yūṣā bihā aw daynin ghayra muḍārrin waṣiyyatan mina l-lahi wal-lahu ʿalīmun ḥalīmun

Dhivehi އަދި ކަލޭމެންގެ އަނބީން މަރުވެގެންދަމުން ދޫކުރި މުދަލުން ކަލޭމެން ފިރިންނަށް ދެބައިކުޅަ އެއްބައެވެ. އެއީ އެކަނބަލުންގެ ދަރިން ނެތިއްޔާއެވެ. ފަހެ އެކަނބަލުންގެ ދަރިން ތިބިކަމުގައިވަންޏާ އެކަނބަލުން ދޫކުރިމުދަލުން ކަލޭމެންނަށް ހަތަރުބައިކުޅައެއްބައެވެ. އެއީ وصيّة އެއް ކޮށްފައިވާނަމަ އެ وصيّة އަކުން ދޭންވީ އެއްޗެއް ދިނުމަށްފަހުގައެވެ. އަދި ميّت އާގެ ދަރަނިވާނަމަ ދަރަނި އަދާކުރުމަށްފަހުގައެވެ. އަދި ކަލޭމެން ފިރިން މަރުވެގެން ދަމުން ދޫކުރި މުދަލުން އެކަނބަލުންނަށް އެބަހީ އަނބީންނަށް ހަތަރުބައިކުޅައެއްބައެވެ. އެއީ ކަލޭމެންގެ ދަރިން ނެތިއްޔާއެވެ. ކަލޭމެންނަށް ދަރިން ތިބިކަމުގައިވާނަމަ ކަލޭމެން ދޫކުރި މުދަލުން އެކަނބަލުންނަށް އަށްބައިކުޅައެއްބައެވެ. އެއީ ކަލޭމެންކުރި وصيّة އެއްވާނަމަ އެ وصيّة ގެ ކަންތައް ނިންމުމަށްފަހުގައެވެ. އަދި ދަރަންޏެއްވާނަމަ އެދަރަނި ނިންމުމަށްފަހުގައެވެ. އަދި كلالة ގެގޮތުން ފިރިހެނަކު ނުވަތަ އަންހެނަކު ވާރުތަކޮށްދޭނަމަ (كلالة އަކީ) އެންމެ أخ އެއް ނުވަތަ أخت އެއްވާ (ميّت) މީހާއެވެ. އެހެން ދިމާވެއްޖެނަމަ އެއިން ކޮންމެ މީހަކަށް ހަބައިކުޅައެއްބައެވެ. ދެން އެއަށްވުރެ ގިނަ أخ ންނާ أخت ންތިބިނަމަ އެ އެންމެންގެ މެދުގައި ތިންބައިކުޅައެއްބައި ބެހެވޭނެއެވެ. އެއީ ކޮށްފައިވާ وصيّة އާއި ދަރަނީގެ ކަންތައް ނިންމުމަށްފަހުގައެވެ. ވާރުތަވެރިންނަށް އެއްވެސް އުނދަގުލެއް ދައްޗެއް ނުވާނެގޮތުންނެވެ. މިއީ ﷲ ގެ حضرة ންވާ އަމުރެއްގެ ގޮތުގައެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ ކުއްލިއަކަށް ބަދަލު ނުހިއްޕަވާ ކޯފާމަޑު ކަލާނގެއެވެ.

Verse 13

تِلْكَ حُدُودُ ٱللَّهِ ۚ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

Transliteration til'ka ḥudūdu l-lahi waman yuṭiʿi l-laha warasūlahu yud'khil'hu jannātin tajrī min taḥtihā l-anhāru khālidīna fīhā wadhālika l-fawzu l-ʿaẓīmu

Dhivehi އެއީ ﷲ ގެ حدّ ތަކެވެ. (އެބަހީ: تَرِكَة މުދާ ބެހުމާ ބެހޭގޮތުން އަންގަވާފައި އެވަނީ ﷲ ކަނޑައަޅުއްވާފައިވާ މިންގަނޑުތަކެވެ. އެ حدّ ތަކަށް ކިޔަމަންތެރިވުން ވާޖިބުވެގެންވެއެވެ.) އަދި ﷲ އަށާއި އެކަލާނގެ رسول އާއަށް ކިޔަމަންތެރިވެއްޖެމީހާ (ދަންނައެވެ!) އެތަންތާނގެ ދަށުން އާރުތައް ދެމިދެމިއޮންނަ ބަގީޗާތަކަކަށް / - ސުވަރުގެތަކަކަށް - އެކަލާނގެ އެމީހުން ވައްދަވާނެއެވެ. އެތަންތާނގައި އެމީހުން ދެމިތިބޭ حال ގައެވެ. އެއީ ބޮޑުވެގެންވާ ނަސީބެވެ.

Verse 14

وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدْخِلْهُ نَارًا خَـٰلِدًا فِيهَا وَلَهُۥ عَذَابٌ مُّهِينٌ

Transliteration waman yaʿṣi l-laha warasūlahu wayataʿadda ḥudūdahu yud'khil'hu nāran khālidan fīhā walahu ʿadhābun muhīnun

Dhivehi އަދި ﷲ އަށާއި އެކަލާނގެ رسول އާއަށް އުރެދިއްޖެމީހާ އަދި އެކަލާނގެ ކަނޑައަޅުއްވާފައިވާ حدّ ތައް ފަހަނަޅައި ހިނގައްޖެމީހާ ދަންނައެވެ! އެކަނިވެރިކޮށް ހުންނަގޮތަށް އެކަލާނގެ އޭނާ އަލިފާނަކަށް (ނަރަކައަށް) ވައްދަވާހުއްޓެވެ. އެތާ ދެމިހުންނަ حال ގައެވެ. އަދި އޭނާއަށް ހުރީ އިހާނާތްތެރިވެގެންވާ عذاب އެކެވެ.

Verse 15

وَٱلَّـٰتِى يَأْتِينَ ٱلْفَـٰحِشَةَ مِن نِّسَآئِكُمْ فَٱسْتَشْهِدُوا۟ عَلَيْهِنَّ أَرْبَعَةً مِّنكُمْ ۖ فَإِن شَهِدُوا۟ فَأَمْسِكُوهُنَّ فِى ٱلْبُيُوتِ حَتَّىٰ يَتَوَفَّىٰهُنَّ ٱلْمَوْتُ أَوْ يَجْعَلَ ٱللَّهُ لَهُنَّ سَبِيلًا

Transliteration wa-allātī yatīna l-fāḥishata min nisāikum fa-is'tashhidū ʿalayhinna arbaʿatan minkum fa-in shahidū fa-amsikūhunna fī l-buyūti ḥattā yatawaffāhunna l-mawtu aw yajʿala l-lahu lahunna sabīlan

Dhivehi އަދި ކަލޭމެން (مؤمن) އަންހެނުންގެތެރެއިން ޒިނޭކުރުމުގެ فاحش ކަންތައް ގެނެސްގަންނަ މީހުން / - ޒިނޭކުރާމީހުން އެކަންކުރިކަމުގެމައްޗަށް ކަލޭމެންގެތެރެއިން ހަތަރުހެކިން ހެކިކުރުވާށެވެ! ދެންފަހެ އެމީހުން ހެކިދީ އެކަން ސާބިތުވެއްޖެނަމަ އެކަނބަލުން މަރުވަންދެން ނުވަތަ ﷲ އެމީހުންނަށް އެހެންގޮތެއް ކަނޑައަޅުއްވާދެން އެކަނބަލުން ގޭގައި ބަންދުކޮށްފާ ބައިތިއްބާށެވެ!

Verse 16

وَٱلَّذَانِ يَأْتِيَـٰنِهَا مِنكُمْ فَـَٔاذُوهُمَا ۖ فَإِن تَابَا وَأَصْلَحَا فَأَعْرِضُوا۟ عَنْهُمَآ ۗ إِنَّ ٱللَّهَ كَانَ تَوَّابًا رَّحِيمًا

Transliteration wa-alladhāni yatiyānihā minkum faādhūhumā fa-in tābā wa-aṣlaḥā fa-aʿriḍū ʿanhumā inna l-laha kāna tawwāban raḥīman

Dhivehi އަދި ކަލޭމެންކުރެން އެ فاحش ކަންތައްކުރި ދެމީހުން އަންހެންމީހާޔާ ފިރިހެންމީހާޔާ ދެމީހުން ދަންނައެވެ! ކަލޭމެން އެމީހުނަށް އުނދަގޫކުރާށެވެ! (އެއީ ހުތުރު އެއްޗެތި ކިއުމާ ފައިވާނުންތެޅުމާއި މިފަދަ ކަންތައްކަމުގައި ރިވާވެގެންވެއެވެ. އަދި މިކަމަކީ ޒިނޭގެ حدّ ބާވައިލެއްވުމުގެ ކުރީގައި އޮތް حكم އެއްކަމުގައިވެއެވެ. އަދި حدّ ކަނޑައެޅުމުން މިއާޔަތުގެ حكم އެގޮތަށް ނެތްކަމަށް ވިދާޅުވާ ބޭކަލުން ވެއެވެ.) = تفسير بن كثير = - ދެންފަހެ އެދެމީހުން توبة ވެ إصلاح ކޮށްފިއްޔާ އެދެމީހުންގެ ފަރާތުން ކަލޭމެން އެނބުރިދުރުވެގަންނާށެވެ! ދޫކޮށްލާށެވެ! ހަމަކަށަވަރުން ﷲ އީ ގިނަގިނައިން توبة ލައްވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ! އަދި މިއާޔަތަކީ ފިރިހެނުން ފިރިހެނުންނާއެޅި لِواط ކޮށްހެދީމާ އެކަމާބެހޭގޮތުން އައިސްފައިވާ އާޔަތެއްކަމުގައި تفسير ފޮތްތަކުގައި ރިވާވެގެންވެއެވެ. ކޮންމެޔަކަސް މިއީ مفسّر ންގެ ބަސް ތަފާތުވެފައިވާ އާޔަތެކެވެ. ވީމާ އެވާހަކަ ހަނދާންކުރުން ހުއްޓެވެ. والله أعلم بالصّواب.

Verse 17

إِنَّمَا ٱلتَّوْبَةُ عَلَى ٱللَّهِ لِلَّذِينَ يَعْمَلُونَ ٱلسُّوٓءَ بِجَهَـٰلَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُو۟لَـٰٓئِكَ يَتُوبُ ٱللَّهُ عَلَيْهِمْ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا

Transliteration innamā l-tawbatu ʿalā l-lahi lilladhīna yaʿmalūna l-sūa bijahālatin thumma yatūbūna min qarībin fa-ulāika yatūbu l-lahu ʿalayhim wakāna l-lahu ʿalīman ḥakīman

Dhivehi توبة އޮންނާނެކަންކަށަވަރީ ތިމާމެންނަށް ނޭނގިގެން ކުށްކުރާ މީހުންނަށެވެ. ދެން ދާދިއަވަހަށް އެމީހުން އެކުށާމެދު توبة ވާ މީހުންނަށެވެ. ފަހެ ﷲ تعالى އެމީހުންގެމައްޗަށް توبة ލައްވައެވެ. އަދި ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެކަމުގައިވިއެވެ.

Verse 18

وَلَيْسَتِ ٱلتَّوْبَةُ لِلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ حَتَّىٰٓ إِذَا حَضَرَ أَحَدَهُمُ ٱلْمَوْتُ قَالَ إِنِّى تُبْتُ ٱلْـَٔـٰنَ وَلَا ٱلَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ۚ أُو۟لَـٰٓئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا

Transliteration walaysati l-tawbatu lilladhīna yaʿmalūna l-sayiāti ḥattā idhā ḥaḍara aḥadahumu l-mawtu qāla innī tub'tu l-āna walā alladhīna yamūtūna wahum kuffārun ulāika aʿtadnā lahum ʿadhāban alīman

Dhivehi އަދި ނުބައިކަންތައްތައް ކުރާމީހުން އެމީހުން ތައުބާނުވެތިއްބާ އެމީހުންނަށް މަރު حاضر ވެއްޖެއްޔާ މިއަޅާ މިހާރު توبة ވެއްޖައީމެވެ. ބުނާމީހުންގެ މައްޗަށާއި އަދި ކާފަރުކަންމަތީ މަރުވެގެންދާމީހުންގެ މައްޗަކަށް توبة އެއް ނުވެއެވެ. އެބައިމީހުންނަށް ވޭންދެނިވި عذاب އެއް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.

Verse 19

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَحِلُّ لَكُمْ أَن تَرِثُوا۟ ٱلنِّسَآءَ كَرْهًا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا۟ بِبَعْضِ مَآ ءَاتَيْتُمُوهُنَّ إِلَّآ أَن يَأْتِينَ بِفَـٰحِشَةٍ مُّبَيِّنَةٍ ۚ وَعَاشِرُوهُنَّ بِٱلْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰٓ أَن تَكْرَهُوا۟ شَيْـًٔا وَيَجْعَلَ ٱللَّهُ فِيهِ خَيْرًا كَثِيرًا

Transliteration yāayyuhā alladhīna āmanū lā yaḥillu lakum an tarithū l-nisāa karhan walā taʿḍulūhunna litadhhabū bibaʿḍi mā ātaytumūhunna illā an yatīna bifāḥishatin mubayyinatin waʿāshirūhunna bil-maʿrūfi fa-in karih'tumūhunna faʿasā an takrahū shayan wayajʿala l-lahu fīhi khayran kathīran

Dhivehi އޭ އީމާންވެއްޖެ މީހުންނޭވެ! އަންހެނުން ގަދަކަމުން ވާރުތަކުރުން حلال ވެގެން ނުވެއެވެ. އަދި އެކަނބަލުންނަށް ކަލޭމެން ދީފައިވާ ތަކެތީގެ ބައެއް ހިނގައިދާނެތީ އެކަނބަލުން (މީހުނާ އިނަނުދީ) ނުހިފަހައްޓާށެވެ! ބަންދު ނުކުރާށެވެ! އެކަނބަލުން بيان ވެގެންވާ فاحش ކަމެއް ގެނަސްގެންފިއްޔާ މެނުވީއެވެ. (އެފަދަކަމެއް ގެނެސްގަނެފިއްޔާ އެކަނބަލުން ހިފެހެއްޓިދާނެއެވެ.) އަދި ރަނގަޅުގޮތުގައި އެކަނބަލުންނާއި مُعاشرة ކުރާށެވެ! ގުޅުން ބަހައްޓާށެވެ! ފަހެ ކަލޭމެން އެކަނބަލުންނާމެދު ނުރުހިދާނެއެވެ. ނުރުހުނު ނަމަވެސް ކަލޭމެން ނުރުހޭކަމާއިމެދު ﷲ އެކަމުގައި އެތަކެއްގިނަ ހެޔޮތަކެއް ލެއްވުން أمّيد ކުރެވެއެވެ. • ދަންނައެވެ! މިއާޔަތުގެ މާނައިގައި تفسير علم ވެރިން ދެގޮތަކަށް މާނަކުރައްވައެވެ. ފުރަތަމަގޮތަކީ: މިއީ جاهليّة ޒަމާނުގެ ކަމެކެވެ. އެކަންވާގޮތަކީ ދެމަފިރިންކުރެ ފިރިހެންމީހާ މަރުވީމާ ދެން އެއިންނަ ހުވަފަތް އަންހެނުން އެފިރިހެންމީހާގެ އެންމެގާތް މީހެއްގެ حقّ ކަމުގައިވެއެވެ. އޭނާ ބޭނުންވިއްޔާ އެއަންހެންމީހާއާއި އިނދެއެވެ. ނުވަތަ އޭނާ އެދެންޏާ މީހަކާ އިނަ ނުދީ ހިފަހައްޓައެވެ. އެގޮތަށް މަރުވާންދެން ހިފަހައްޓައެވެ. ދެންހުރި މުދަލެއްވެސް ވާރުތަކުރެއެވެ. އަނެއްގޮތަކީ: ފިރިމީހާ އަނބިމީހާއާއިއެކު އުޅޭހިތް ނުވުމާއެކުވެސް އަނބިމީހާއަށް ދީފައިވާ ކާވެނިރަން ނުވަތަ ރަނުގެ ބައެއްދޭ ދެން ވަރިނުކޮށް ހިފެހެއްޓުމެވެ. އަދި މިނޫންގޮތްގޮތަށްވެސް މިއާޔަތުގެ ترجمة ގައި ވާހަކަދެކެވިފައިވެއެވެ. والله أعلم بالصّواب.

Verse 20

وَإِنْ أَرَدتُّمُ ٱسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍ وَءَاتَيْتُمْ إِحْدَىٰهُنَّ قِنطَارًا فَلَا تَأْخُذُوا۟ مِنْهُ شَيْـًٔا ۚ أَتَأْخُذُونَهُۥ بُهْتَـٰنًا وَإِثْمًا مُّبِينًا

Transliteration wa-in aradttumu is'tib'dāla zawjin makāna zawjin waātaytum iḥ'dāhunna qinṭāran falā takhudhū min'hu shayan atakhudhūnahu buh'tānan wa-ith'man mubīnan

Dhivehi (އޭ ފިރިހެނުންނޭވެ!) ކަލޭމެން އަތްންބަކު ވަރިކޮށް އަދި އޭނާގެ ބަދަލުގައި އެހެންމީހަކު އިނދެގެން ގެންނަންޏާ އެވަރިކުރާން قصد ކުރާ އަތްންބަކަށް ކިތަންމެގިނަ عدد އެއްގެ މުދަލެއް ދީފައިވީނަމަވެސް ކަލޭމެން އެއިން އެކަތިކޮޅެއްވެސް ނުހިފާށެވެ! އަތްނުލާށެވެ! (އެއިން އެތިކޮޅެއް އަތުލުމަކީ އަނިޔާއެކެވެ. ފާފައެކެވެ.) އަނިޔާވެރިވެވޭ އަދި ފާފަވެރިވެވޭގޮތަކަށް އެމުދާ ހިފުން ކަލޭމެނަށް حلال ވާނީ ކޮންފަދައަކުންހެއްޔެވެ؟

Verse 21

وَكَيْفَ تَأْخُذُونَهُۥ وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ وَأَخَذْنَ مِنكُم مِّيثَـٰقًا غَلِيظًا

Transliteration wakayfa takhudhūnahu waqad afḍā baʿḍukum ilā baʿḍin wa-akhadhna minkum mīthāqan ghalīẓan

Dhivehi ހަމަކަށަވަރުން ކަލޭމެން ވަނީ އެއްބަޔަކު އަނެއްބަޔަކު ނިވައިކޮށްފައެވެ. އެއްބަޔަކު އަނެއްބަޔަކު ކައިރިއަށް ވަދެފައެވެ. (جِمَاعُ ވެފައެވެ.) އަދި ކަލޭމެންގެ ކިބައިން އެކަނބަލުންވަނީ ގަދަވެގެންވާ عهد ކަށަވަރެއް ހިއްޕަވާފައެވެ. (އެއީ فرج ތައް حلال ކުރުމުގެ كلمة ފުޅެވެ. ކާވެނި عَقْد ކުރުމުގެ كلمة ފުޅެވެ. އެ كلمة ފުޅުގެމަތީން ކަލޭމެންވަނީ عهد ވެ ނިންމާފައެވެ.)

Verse 22

وَلَا تَنكِحُوا۟ مَا نَكَحَ ءَابَآؤُكُم مِّنَ ٱلنِّسَآءِ إِلَّا مَا قَدْ سَلَفَ ۚ إِنَّهُۥ كَانَ فَـٰحِشَةً وَمَقْتًا وَسَآءَ سَبِيلًا

Transliteration walā tankiḥū mā nakaḥa ābāukum mina l-nisāi illā mā qad salafa innahu kāna fāḥishatan wamaqtan wasāa sabīlan

Dhivehi އަދި އަންހެނުންގެތެރެއިން ކަލޭމެންގެ ބަފައިން ކާވަނިކޮށްފައިވާ މީހުންނާ (އިނދެވަރިކޮށްފައި ނުވަތަ ބައްޕަ މަރުވެ ހުވަފަތް ވެފައިވާ މީހުންނާއި) ކަލޭމެން ނުއިންނާށެވެ! އިސްވެދިޔަ ތަން ދެން އެދިޔައީއެވެ. ހަމަކަށަވަރުން އެކަމަކީ - އެބަހީ ބައްޕައިން އިނދެފައިވާ މީހުންނާ ކަލޭމެން އިނުމަކީ ހަޑިހުތުރު فاحش ކަމެކެވެ. އަދި ﷲ ކޯފާވެވޮޑިގަންނަވާ ކަމެކެވެ. އަދި ނުބައިވެގެންވާ މަގެކެވެ.

Verse 23

حُرِّمَتْ عَلَيْكُمْ أُمَّهَـٰتُكُمْ وَبَنَاتُكُمْ وَأَخَوَٰتُكُمْ وَعَمَّـٰتُكُمْ وَخَـٰلَـٰتُكُمْ وَبَنَاتُ ٱلْأَخِ وَبَنَاتُ ٱلْأُخْتِ وَأُمَّهَـٰتُكُمُ ٱلَّـٰتِىٓ أَرْضَعْنَكُمْ وَأَخَوَٰتُكُم مِّنَ ٱلرَّضَـٰعَةِ وَأُمَّهَـٰتُ نِسَآئِكُمْ وَرَبَـٰٓئِبُكُمُ ٱلَّـٰتِى فِى حُجُورِكُم مِّن نِّسَآئِكُمُ ٱلَّـٰتِى دَخَلْتُم بِهِنَّ فَإِن لَّمْ تَكُونُوا۟ دَخَلْتُم بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَـٰٓئِلُ أَبْنَآئِكُمُ ٱلَّذِينَ مِنْ أَصْلَـٰبِكُمْ وَأَن تَجْمَعُوا۟ بَيْنَ ٱلْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا

Transliteration ḥurrimat ʿalaykum ummahātukum wabanātukum wa-akhawātukum waʿammātukum wakhālātukum wabanātu l-akhi wabanātu l-ukh'ti wa-ummahātukumu allātī arḍaʿnakum wa-akhawātukum mina l-raḍāʿati wa-ummahātu nisāikum warabāibukumu allātī fī ḥujūrikum min nisāikumu allātī dakhaltum bihinna fa-in lam takūnū dakhaltum bihinna falā junāḥa ʿalaykum waḥalāilu abnāikumu alladhīna min aṣlābikum wa-an tajmaʿū bayna l-ukh'tayni illā mā qad salafa inna l-laha kāna ghafūran raḥīman

Dhivehi (މިއަންނަނިވިމީހުން) ކަލޭމެންގެ މައްޗަށް حرام ކުރެވިއްޖެއެވެ. ކަލޭމެންގެމައިން - ކަލޭމެންގެ އަންހެން ދަރީން ކަލޭމެންގެ أُخْتُ ން ކަލޭމެންގެ ބަފައިފުށުގެ ބޮޑުދައިތައިން - ކަލޭމެންގެ މައިފުށުގެ ބޮޑުދައިތައިން - ކަލޭމެންގެ أَخُ ގެ އަންހެންދަރިން - ކަލޭމެންގެ أُخْتُ ގެ އަންހެން ދަރިން ކަލޭމެންނަށް ކިރުދިން ކިރުމައިން ކިރުބުއިމުގެ ގޮތުން ކަލޭމެންގެ أُخْتُ ން (އެއްކިރުބުއި އަންހެންކުއްޖާ) ކަލޭމެންގެ އަނބީންގެ މައިން (މައިދައިތަ) - ކަލޭމެން އެކަނބަލުންނާ އިނދެ ރޭކޮށްފައިވާ އަނބީންގެ ކަލޭމެން ގެންގުޅޭ ދޮންދަރިން - އެކަނބަލުންނާ ރޭ ނުކުރާނަމަ އެކުދިންނާ އިނުމަކުން ކަލޭމެންގެ މައްޗަކަށް ކުށެއްނެތެވެ. - ކަލޭމެންގެ އުފަން ފިރިހެން ދަރިންގެ އަނބިން (ދަނބިގޮއްޔެ / ދަނބިކޮއި) - އަދި އެއްފަހަރާ ދެ أُخْتُ ން ޖަމާކުރުން. (އެބަހީ އެކަކާއި އިނދެގެންހުރެ އެއަންހެންކުއްޖާގެ ދައްތަޔާ ނުވަތަ ކޮއްކޮޔާ އިނުން. މިއެވެ. - މީގެތެރެއިން މި حكم އައުމުގެ ކުރިން އިސްވެގޮސްފައިވާ ކަމެއް މެނުވީއެވެ. ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 24

۞ وَٱلْمُحْصَنَـٰتُ مِنَ ٱلنِّسَآءِ إِلَّا مَا مَلَكَتْ أَيْمَـٰنُكُمْ ۖ كِتَـٰبَ ٱللَّهِ عَلَيْكُمْ ۚ وَأُحِلَّ لَكُم مَّا وَرَآءَ ذَٰلِكُمْ أَن تَبْتَغُوا۟ بِأَمْوَٰلِكُم مُّحْصِنِينَ غَيْرَ مُسَـٰفِحِينَ ۚ فَمَا ٱسْتَمْتَعْتُم بِهِۦ مِنْهُنَّ فَـَٔاتُوهُنَّ أُجُورَهُنَّ فَرِيضَةً ۚ وَلَا جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُم بِهِۦ مِنۢ بَعْدِ ٱلْفَرِيضَةِ ۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا

Transliteration wal-muḥ'ṣanātu mina l-nisāi illā mā malakat aymānukum kitāba l-lahi ʿalaykum wa-uḥilla lakum mā warāa dhālikum an tabtaghū bi-amwālikum muḥ'ṣinīna ghayra musāfiḥīna famā is'tamtaʿtum bihi min'hunna faātūhunna ujūrahunna farīḍatan walā junāḥa ʿalaykum fīmā tarāḍaytum bihi min baʿdi l-farīḍati inna l-laha kāna ʿalīman ḥakīman

Dhivehi އަދި އަންހެނުންގެތެރެއިން އެމީހުންގެ ފިރިން ތިބުމުގެ ސަބަބުން އެމީހުންގެ فرج ތައް ރައްކާތެރިކުރެވިފައިވާ އަންހެނުންނާއެވެ. އެބަހީ އެމީހުންނާ އިނުންވެސް حرام ވެގެންވެއެވެ. އެއީ އެމީހުންނަށް ފިރިންތިބި މީހުންނެވެ. އަދި އެކަމަކު ކަލޭމެންގެ އަޅުއަންހެނުން މެނުވީއެވެ. އެމީހުންގެ ކިބައިން އަރާމު ލިބިގަތުން ހުއްދައެވެ. ފަހެ އެފަދައިން ﷲ ކަލޭމެންގެމައްޗަށް فرض ކުރައްވާފައިވެއެވެ. ލިއުއްވާފައިވެއެވެ. އަދި އެމީހުން ފިޔަވައި އެބަހީ މިބަޔާންވެދިޔަ މީހުން ފިޔަވައި ދެންތިބި މީސްމީހުން އެމީހުންނަށް ކާވެނި ރަން އަދާކޮށް އެމީހުންނަށް އެދިގަތުން ކަލޭމެން ފިރިހެނުންނަށް حلال ވެގެންވެއެވެ. އެއީ އެކަނބަލުން عِفّة ތެރިވެ ޒިނޭ ނުކުރާމީހުންކަމުގައިވާ حال ގައެވެ. ދެން ކަލޭމެން ފިރިހެނުން އެކަނބަލުންގެ ކިބައިން އަރާމުލިބިލިބިގަނެ لَذّة حاصل ކުރަންޏާ އެކަނބަލުންނަށް އެކަނބަލުންގެ އުޖޫރަ فرض އެއްގެގޮތުން އަދާކުރާށެވެ! ކާވެނިރަން ދޭށެވެ! (ރަންކަނޑައެޅިފައިއޮވެ جماع ވެއްޖެއްޔާ ރަންއަދާކުރުން فرض ވީއެވެ.) އަދި ކާވެނިރަން ކަނޑައެޅުމަށްފަހު ދެފަރާތުން ވާހަކަދެކެވި ދެފަރާތް ރުހެވުނުކަމަކަށް އެނިންމާގޮތަކަށް ކަލޭމެންގެ މައްޗަށް ކުށެއްނެތެވެ. (އެބަހީ ކާވެނިރަން އުނިއިތުރު ކުރުމުގައި ދެފަރާތް އެއްބަސްވެ ރުހެންޏާ އެއީ ހުއްދަ ކަމެކެވެ.) ހަމަކަށަވަރުން ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލަކުކަމުގައި ވިއެވެ.

Verse 25

وَمَن لَّمْ يَسْتَطِعْ مِنكُمْ طَوْلًا أَن يَنكِحَ ٱلْمُحْصَنَـٰتِ ٱلْمُؤْمِنَـٰتِ فَمِن مَّا مَلَكَتْ أَيْمَـٰنُكُم مِّن فَتَيَـٰتِكُمُ ٱلْمُؤْمِنَـٰتِ ۚ وَٱللَّهُ أَعْلَمُ بِإِيمَـٰنِكُم ۚ بَعْضُكُم مِّنۢ بَعْضٍ ۚ فَٱنكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَءَاتُوهُنَّ أُجُورَهُنَّ بِٱلْمَعْرُوفِ مُحْصَنَـٰتٍ غَيْرَ مُسَـٰفِحَـٰتٍ وَلَا مُتَّخِذَٰتِ أَخْدَانٍ ۚ فَإِذَآ أُحْصِنَّ فَإِنْ أَتَيْنَ بِفَـٰحِشَةٍ فَعَلَيْهِنَّ نِصْفُ مَا عَلَى ٱلْمُحْصَنَـٰتِ مِنَ ٱلْعَذَابِ ۚ ذَٰلِكَ لِمَنْ خَشِىَ ٱلْعَنَتَ مِنكُمْ ۚ وَأَن تَصْبِرُوا۟ خَيْرٌ لَّكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ

Transliteration waman lam yastaṭiʿ minkum ṭawlan an yankiḥa l-muḥ'ṣanāti l-mu'mināti famin mā malakat aymānukum min fatayātikumu l-mu'mināti wal-lahu aʿlamu biīmānikum baʿḍukum min baʿḍin fa-inkiḥūhunna bi-idh'ni ahlihinna waātūhunna ujūrahunna bil-maʿrūfi muḥ'ṣanātin ghayra musāfiḥātin walā muttakhidhāti akhdānin fa-idhā uḥ'ṣinna fa-in atayna bifāḥishatin faʿalayhinna niṣ'fu mā ʿalā l-muḥ'ṣanāti mina l-ʿadhābi dhālika liman khashiya l-ʿanata minkum wa-an taṣbirū khayrun lakum wal-lahu ghafūrun raḥīmun

Dhivehi އަދި ކަލޭމެން ފިރިހެނުންގެތެރެއިން މިނިވަން އަންހެނުންނާ އިންނާނެ ތަނަވަސްކަމެއް ނެތްމީހާ، އަތްމަތި ދަތިމީހާ، ދެން مؤمن އަޅުއަންހެންކުއްޖަކާ އިންނާށެވެ! ކަލޭމެންގެ އީމާންކަން ﷲ ދެނެވޮޑިގެންވެއެވެ. ކަލޭމެން އެއްބަޔަކު ކިބައިން އަނެއްބައެކެވެ. އެންމެންނަކީވެސް އާދަމުގެ ދަރިންނެވެ. އަދި އެކަނބަލުންގެ ސާހިބުމީހާގެ އިޒުނަ ހޯދައިގެން އެކަނބަލުންނާ އިންނާށެވެ! އަދި ރަނގަޅު ހެޔޮގޮތުގައި އެކަނބަލުންނަށް ކާވެނި ރަން ދޭށެވެ! އެއީ އެކަނބަލުން ޒިނޭ ނުކުރާ އަދި عِفّة ތެރިންކަމުގައި ވަންޏާއެވެ. ދެންފަހެ އެކަނބަލުން ކާވެނި ކުރުމަށްފަހު ޒިނޭކޮށްފިއްޔާ بِكُرُ ވެރި މިނިވަން އަންހެނުންނަށް ކަނޑައެޅިގެންވާ އަދަބުގެ ދެބައިކުޅައެއްބައި އެކަނބަލުންގެމައްޗަށް ހުއްޓެވެ. އެގޮތަށް އަޅުއަންހެންކުދިންނާ އިނުން ހުއްދަވެގެންވަނީ ކަލޭމެން ފިރިހެނުންކުރެ ޒިނޭކުރެވިދާނެކަމަށް ބިރުވެތިވާ ފިރިހެނުންގެ މައްޗަށެވެ. އަދި (އަޅުއަންހެނުންނާ ނުއިނދެ) ކެތްތެރިވެގެން ތިބުން ކަލޭމެންނަށް ހެޔޮވެގެންވެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 26

يُرِيدُ ٱللَّهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ ٱلَّذِينَ مِن قَبْلِكُمْ وَيَتُوبَ عَلَيْكُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

Transliteration yurīdu l-lahu liyubayyina lakum wayahdiyakum sunana alladhīna min qablikum wayatūba ʿalaykum wal-lahu ʿalīmun ḥakīmun

Dhivehi ﷲ تعالى އެދިވޮޑިގަންނަވަނީ އިސްވެދިޔަ نَبي ބޭކަލުންނާއި مؤمن ންގެމަގުތައް ކަލޭމެންނަށް بيان ކޮށްދެއްވައި ދައްކަވައިދެއްވާށެވެ. އަދި ކަލޭމެންގެމައްޗަށް އެކަލާނގެ توبة ލެއްވުމަށެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حِكْمَة ވަންތަ ކަލާނގެއެވެ.

Verse 27

وَٱللَّهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ ٱلَّذِينَ يَتَّبِعُونَ ٱلشَّهَوَٰتِ أَن تَمِيلُوا۟ مَيْلًا عَظِيمًا

Transliteration wal-lahu yurīdu an yatūba ʿalaykum wayurīdu alladhīna yattabiʿūna l-shahawāti an tamīlū maylan ʿaẓīman

Dhivehi އަދި ﷲ އެދިވޮޑިގަންނަވަނީ ކަލޭމެންގެމައްޗަށް توبة ލެއްވުމަށެވެ. އަދި هَوى نفس ގެ އެދުންތަކާއި شَهْوَة ތަކާއި تبع ވާމީހުން (يهودي ންނާއި نصارى އިންނާއި ޒިނޭކުރާ މީހުންނާއި ދެންވެސް އެބާވަތުގެމީހުންފަދަ މީހުން) އެދެނީ (އެމީހުންގޮތަށް) ކަލޭމެންވެސް އެނުބައިގެ ފަރާތަށް ބޮޑުވެގެންވާ ލެނބުމަކުން ލެނބުމަށެވެ. (އެޔަށް ވަދެ އެމީހުންފަދައިން ތެޔޮހަނުވުމަށެވެ.)

Verse 28

يُرِيدُ ٱللَّهُ أَن يُخَفِّفَ عَنكُمْ ۚ وَخُلِقَ ٱلْإِنسَـٰنُ ضَعِيفًا

Transliteration yurīdu l-lahu an yukhaffifa ʿankum wakhuliqa l-insānu ḍaʿīfan

Dhivehi ﷲ تعالى އެދިވޮޑިގަންނަވަނީ (مؤمن އަޅު އަންހެންކުދިންނާއި އިނުމުގެ ހުއްދަ ދެއްވުންފަދަ ކަންތައް މެދުވެރިކުރައްވައި) ކަލޭމެންނަށް ލުއިކޮށްދެއްވުމަށެވެ. އަދި އިންސާނާ ހެއްދެވިފައިވަނީ ބަލިކަށި ضعيف މީހަކުގެ ގޮތުގައެވެ. (އަންހެނުންނާ ގައިގޯޅިވުމުގައި ހިފެހެއްޓުން ކުޑަވުންފަދައިންނެވެ.)

Verse 29

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَـٰطِلِ إِلَّآ أَن تَكُونَ تِجَـٰرَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوٓا۟ أَنفُسَكُمْ ۚ إِنَّ ٱللَّهَ كَانَ بِكُمْ رَحِيمًا

Transliteration yāayyuhā alladhīna āmanū lā takulū amwālakum baynakum bil-bāṭili illā an takūna tijāratan ʿan tarāḍin minkum walā taqtulū anfusakum inna l-laha kāna bikum raḥīman

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެމުދާ ކަލޭމެންގެ ދެމެދު بَاطِل ގޮތުގައި ނުކާށެވެ! ބޭނުން ނުކުރާށެވެ! ވިޔަފާރީގެގޮތުގައި ދެފަރާތުގެ ދެމެދު ރުހެވިގެންވާ حال ގައިމެނުވީ އެކަކުގެ މުދައު އަނެކަކު ބޭނުންކޮށް ނުހަދާށެވެ! އަދި ކަލޭމެން ކަލޭމެންގެ نفس ތައް ނުމަރާށެވެ! އެއްބަޔަކު އަނެއްބަޔަކު ނުމަރާށެވެ! (مسلمންނަކީ އެއްދީނެއްގެ ބައެއްކަމުގައި ވެފައި އެންމެންނީ އެއްބަނޑުއެއްބަފާ ބަޔަކުކަމުގައި ވާތީ ކަލޭމެން ކަލޭމެންގެ نفس ތައް ނުމަރާށޭ وحي ކުރެއްވީއެވެ. والله أعلم) ހަމަކަށަވަރުން ﷲ تعالى ވޮޑިގެންވަނީ ކަލޭމެންނަށް ނުހަނު އޯގާވަންތަ ކަލަކުކަމުގައެވެ.

Verse 30

وَمَن يَفْعَلْ ذَٰلِكَ عُدْوَٰنًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا

Transliteration waman yafʿal dhālika ʿud'wānan waẓul'man fasawfa nuṣ'līhi nāran wakāna dhālika ʿalā l-lahi yasīran

Dhivehi އަދި عداوة ތެރިކަމާއި އަނިޔާވެރިކަމުގެގޮތުން އެކަން ކޮށްފިމީހާ (އެބަހީ އެއްވެސް حقّ އެއްނެތި نفس އެއް މަރައިފިމީހާ (ދަންނައެވެ!) ފަހެ ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހަކު (ބޮޑުވެގެންވާ) އަލިފާނަކަށް ވައްދާހުށީމެވެ. އަދި އެކަމަކީ ﷲ އަށް ދާދިފަސޭހަކަމެއް ކަމުގައިވިއެވެ.

Verse 31

إِن تَجْتَنِبُوا۟ كَبَآئِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّـَٔاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا

Transliteration in tajtanibū kabāira mā tun'hawna ʿanhu nukaffir ʿankum sayyiātikum wanud'khil'kum mud'khalan karīman

Dhivehi ކަލޭމެނަށް ނަހީވެވުނު ބޮޑެތި ފާފަތަކާއި ކަލޭމެން ދުރުވެގެންފިއްޔާ ތިމަންރަސްކަލާނގެ ކަލޭމެންގެ އެހެނިހެން ކުދި ފާފަތައް ކަލޭމެނަށް ފުއްސަވާހުށީމެވެ. އަދި މާތްވެގެންވާ ތަނަކަށް (ސުވަރުގެއަށް) ކަލޭމެން ވައްދަވާހުށީމެވެ. * ދަންނައެވެ! ﷲ ގެ ކޯފާއަކުން ނުވަތަ ގަދަވެގެންވާ عذاب ހުރިކަމުގެ ވާހަކައިން ނިމިފައިވާ ކޮންމެ ކަމަކީ ބޮޑުފާފައެކެވެ. އޭގެ عدد އެއް ނޭނގެއެވެ. އަދި ކުދިފާފައިގެމަތީ ދެމިހުރެއްޖެއްޔާ ބޮޑު ފާފައަކަށް ބަދަލުވެދާނެކަމަށް علم ވެރިން ވިދާޅުވެއެވެ. والله أعلم.

Verse 32

وَلَا تَتَمَنَّوْا۟ مَا فَضَّلَ ٱللَّهُ بِهِۦ بَعْضَكُمْ عَلَىٰ بَعْضٍ ۚ لِّلرِّجَالِ نَصِيبٌ مِّمَّا ٱكْتَسَبُوا۟ ۖ وَلِلنِّسَآءِ نَصِيبٌ مِّمَّا ٱكْتَسَبْنَ ۚ وَسْـَٔلُوا۟ ٱللَّهَ مِن فَضْلِهِۦٓ ۗ إِنَّ ٱللَّهَ كَانَ بِكُلِّ شَىْءٍ عَلِيمًا

Transliteration walā tatamannaw mā faḍḍala l-lahu bihi baʿḍakum ʿalā baʿḍin lilrrijāli naṣībun mimmā ik'tasabū walilnnisāi naṣībun mimmā ik'tasabna wasalū l-laha min faḍlihi inna l-laha kāna bikulli shayin ʿalīman

Dhivehi އަދި ކަލޭމެންގެ އެއްބައެއްގެމައްޗަށް އަނެއްބަޔަކަށް ﷲ ދެއްވާފައިވާ فضل ވަންތަކަމަށް ކަލޭމެން ނޭދޭށެވެ! އެކަމަށް އެދުންވެރިނުވާށެވެ! ފިރިހެނުންނަށް އެމީހުން ހޯދައިގަތް އެއްޗަކުން ބައެއްވެއެވެ. (ثواب އާއި عذاب ގެގޮތުން އެމީހުންގެ ބައި އެމީހުންނަށްވެއެވެ.) އަދި އަންހެނުންނަށްވެސް އެމީހުން ހޯދައިގަތް އެއްޗަކުން ބައެއްވެއެވެ. - (ثواب އާއި عذاب ގެގޮތުންނެވެ. އަދި މިދެމީހުންގެ ބައި ކޮންމެހެން އެއްވަރުވާނެކަމެއް ނޭނގެއެވެ. - އެހެން ނާންގަވައެވެ.) އަދި ﷲ ގެ فضل ވަންތަކަމުން ދެއްވައިތޯ ކަލޭމެން އެކަލާނގެ حَضْرَةُ ގައި އެދޭށެވެ! ހަމަކަށަވަރުން ﷲ އީ ހުރިހާކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 33

وَلِكُلٍّ جَعَلْنَا مَوَٰلِىَ مِمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ ۚ وَٱلَّذِينَ عَقَدَتْ أَيْمَـٰنُكُمْ فَـَٔاتُوهُمْ نَصِيبَهُمْ ۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍ شَهِيدًا

Transliteration walikullin jaʿalnā mawāliya mimmā taraka l-wālidāni wal-aqrabūna wa-alladhīna ʿaqadat aymānukum faātūhum naṣībahum inna l-laha kāna ʿalā kulli shayin shahīdan

Dhivehi އަދި ކަލޭމެންގެ މައިން ބަފައިންނާ ގާތްތިމާގެ މީހުން ދޫކުރި ތަރިކަ މުދަލަށް އެކޮންމެ މުދަލަކަށްވެސް ވާރުތަވެރިންތަކެއް ތިމަން ރަސްކަލާނގެ ލެއްވީމެވެ. އެމީހުންނަށް އެމީހުންގެ ޙައްޤު ދޭށެވެ! އަދި ކަލޭމެން ހުވައިތައް ޢަޤުދު ކޮށްފައިވާ މީހުންނަށްވެސް އެމީހުންނަށް އެއްބަސްވީވަރެއް ދޭށެވެ! އެއީ ވާރުތަވެރިން ނޫން މީހުންނަށްވެސް ދެފަރާތް އެއްބަސްވެގެން ވާރުތަމުދަލުން ދޭގޮތަށް ދެފަރާތުން ހުވައި ކޮށް ކުރާ ޢަޤުދެކެވެ. ހަމަކަށަވަރުން ﷲ تَعَالى ހުރިހާ ކަމެއްގެ މައްޗަށް ހެކިވެ ވޮޑިގެންވާ ކަލަކު ކަމުގައި ވިއެވެ. • ނޯޓް: މިކަމަކީ ޖާހިލިއްޔަ ޒަމާނުގައި އޮތް ކަމެކެވެ. އަދި އިސްލާމް ދީނުގެ ކުރީކޮޅުގައިވެސް އޮތް ގޮތެވެ. ދެން وَأُلُو الأَرْحَامِ بَعْضُهُم أولى بِبَعْضٍ...... މިއާޔަތުން އެކަންއުވިގެން ދިޔައީ އެވެ. މިހާރު އޮތީ މިހާރު މުދާ ބަހާ ގޮތަށެވެ.

Verse 34

ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنفَقُوا۟ مِنْ أَمْوَٰلِهِمْ ۚ فَٱلصَّـٰلِحَـٰتُ قَـٰنِتَـٰتٌ حَـٰفِظَـٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ ۚ وَٱلَّـٰتِى تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِى ٱلْمَضَاجِعِ وَٱضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا۟ عَلَيْهِنَّ سَبِيلًا ۗ إِنَّ ٱللَّهَ كَانَ عَلِيًّا كَبِيرًا

Transliteration al-rijālu qawwāmūna ʿalā l-nisāi bimā faḍḍala l-lahu baʿḍahum ʿalā baʿḍin wabimā anfaqū min amwālihim fal-ṣāliḥātu qānitātun ḥāfiẓātun lil'ghaybi bimā ḥafiẓa l-lahu wa-allātī takhāfūna nushūzahunna faʿiẓūhunna wa-uh'jurūhunna fī l-maḍājiʿi wa-iḍ'ribūhunna fa-in aṭaʿnakum falā tabghū ʿalayhinna sabīlan inna l-laha kāna ʿaliyyan kabīran

Dhivehi ފިރިހެނުންނަކީ އަންހެނުން އަދަބުވެރިކުރުވާ ސީދާކުރުންމަތީ قائم ވެތިބޭމީހުންނެވެ. (ތިބެންވާނެ މީހުންނެވެ.) އެއީ އެމީހުންގެ އެއްބައެއްގެމައްޗަށް އަނެއްބަޔަކަށް ﷲ ދެއްވާފައިވާ فضل ވަންތަކަމުގެ ސަބަބުންނާއި (އެބަހީ އަންހެނުންގެ މައްޗަށް ފިރިހެނުންނަށްދެއްވާފައިވާ މާތްކަމުގެ ސަބަބުންނާއި) އަދި އެފިރިހެނުން އެމީހުންގެ މުދަލުން (އެކަނބަލުންނަށް) އެމީހުން ހޭދަކުރާ ކުރުމުގެ ސަބަބުންނެވެ. ފަހެ صالح މާތް އަންހެނުންނަކީ ކިޔަމަންތެރި (އަދި ފިރިންގެ غَيْبُ ގައި އެމީހުންނެތް حاضر ގައި) ތިމާގެ نفس އަށާއި ފިރިމީހާގެ މުދަލާއި އޭނާގެ حقّ ތަކަށް) ރައްކާތެރިވެގަންނަ އަންހެނުންނެވެ. އެއީ އެކަނބަލުން ރައްކާތެރިވުމަށް ﷲ އަންގަވާ އަމާނާތްތެރިކުރުވާފައިވާ ކަންކަމުގައެވެ. އަދި އެކަނބަލުންނާއިމެދު އަދި އެކަނބަލުންގެ ނުކިޔަމަންތެރިކަމަށް ކަލޭމެން ބިރުވެތިވާ އަނބީން ދަންނައެވެ! ކަލޭމެން ފުރަތަމަ އެކަނބަލުންނަށް وعظ އާއި نصيحة ދޭށެވެ! (އެވަރުން ނުވިނަމަ) އެކަނބަލުންނާ ނިދާ ތަނުން ދުރުވެގެންނާށެވެ! (އެއްތާ ނުނިދާށެވެ!) (އަދި އެވަރުން ނުވިނަމަ) ކަލޭމެން އެކަނބަލުން ގައި ޖަހާށެވެ! (زخم ނުވާގޮތަށެވެ.) ދެންފަހެ އެކަނބަލުން ކަލޭމެންނަށް (އެގޮތުން) ކިޔަމަންވެއްޖެއްޔާ ދެން އެކަނބަލުންނަށް އަދަބުދޭނެ އެހެންގޮތަކަށް ކަލޭމެން ނޭދޭށެވެ! (އެބަހީ ދެން އަދަބު ނުދޭށެވެ!) ހަމަކަށަވަރުން ﷲ تعالىއީ ނުހަނު މަތިވެރިވެވޮޑިގެންވާ ހައިބަބޮޑު ކަލަކުކަމުގައިވޮޑިގެންވެއެވެ.

Verse 35

وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَٱبْعَثُوا۟ حَكَمًا مِّنْ أَهْلِهِۦ وَحَكَمًا مِّنْ أَهْلِهَآ إِن يُرِيدَآ إِصْلَـٰحًا يُوَفِّقِ ٱللَّهُ بَيْنَهُمَآ ۗ إِنَّ ٱللَّهَ كَانَ عَلِيمًا خَبِيرًا

Transliteration wa-in khif'tum shiqāqa baynihimā fa-ib'ʿathū ḥakaman min ahlihi waḥakaman min ahlihā in yurīdā iṣ'lāḥan yuwaffiqi l-lahu baynahumā inna l-laha kāna ʿalīman khabīran

Dhivehi (އޭ މީސްތަކުންނޭވެ!) އެދެމީހުންގެ ދެމެދު އެބަހީ: ދެމަފިރިންގެދެމެދު އަރައިރުމާ ދެކޮޅުވެރިކަމާމެދު ކަލޭމެން ބިރުވެތިވެއްޖެއްޔާ ފިރިހެންމީހާގެ أهل ވެރިންކުރެ حكم ކުރާނެމީހަކާއި އަންހެންމީހާގެ أهل ވެރިންކުރެ حكم ކުރާނެމީހަކާއި ދެމީހުން ފޮނުވާށެވެ! (އެދެމީހުން ގޮތެއްނިންމާށެވެ!) އެދެމީހުން (އެދެ حَاكِم ން) ދެމަފިރިން ދެމެދު إصلاح ކުރަން އެދެންޏާ ﷲ تعالى އެދެމީހުންނަށް އެކަމުގެ توفيق ދެއްވައިފާނެއެވެ. (ދެމީހުންނަކީ عدل ވެރި ދެމީހުންކަމުގައި ވާންވާނެއެވެ. އަދި އެދެމީހުން އެއްބަސްވާ ގޮތެއްގެމަތިން حكم ކުރެވޭނެއެވެ. ދެމީހުންނަށް نصيحة ދޭން ފެންނަންޏާ އެގޮތް ނުވަތަ ދެމީހުން ދުރުކުރަން ފެންނަންޏާ އެގޮތްވެސް އެދެމީހުންނަށް ނިންމޭނެއެވެ.) ހަމަކަށަވަރުން ﷲ تعالى އީ خبر ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައިވެއެވެ.

Verse 36

۞ وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَـٰنًا وَبِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَـٰنُكُمْ ۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا

Transliteration wa-uʿ'budū l-laha walā tush'rikū bihi shayan wabil-wālidayni iḥ'sānan wabidhī l-qur'bā wal-yatāmā wal-masākīni wal-jāri dhī l-qur'bā wal-jāri l-junubi wal-ṣāḥibi bil-janbi wa-ib'ni l-sabīli wamā malakat aymānukum inna l-laha lā yuḥibbu man kāna mukh'tālan fakhūran

Dhivehi (އޭ މީސްތަކުންނޭވެ!) ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! (އެކަލާނގެއަށް ބޯލަނބައި ކިޔަމަންވާށެވެ!) އަދި ހަމައެކައްޗަކާވެސް އެކަލާނގެއާއި شريك ނުކުރާށެވެ! ބައިވެރި ނުކުރާށެވެ! އަދި މައިންބަފައިންނަށް إحسان ތެރިވާށެވެ! ހެޔޮކޮށް ހިތާށެވެ! އަދި ގާތްތިމާގެ މީހުންނަށާއި - يتيم ންނަށާއި مسكين ންނަށާއި ގާތްތިމާގެ އަވައްޓެރިންނަށާއި އަދި ގާތްތިމާގެނޫން އަވައްޓެރިންނަށާއި (ނުވަތަ ބީރައްޓެހިންނަށާއި) އަދި ދަތުރުގެ އެކުވެރިންނަށާއި ދަތުރުވެރިންނަށާއި އަދި އަޅުންނަށާއި މިއެންމެންނަށްވެސް ކަލޭމެން إحسان ތެރިވެ ހެޔޮކޮށްހިތާށެވެ! ހަމަކަށަވަރުން އެމީހަކު ބޮޑާވެ فخر ވެރިވާ މީހަކަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.

Verse 37

ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ وَيَكْتُمُونَ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَأَعْتَدْنَا لِلْكَـٰفِرِينَ عَذَابًا مُّهِينًا

Transliteration alladhīna yabkhalūna wayamurūna l-nāsa bil-bukh'li wayaktumūna mā ātāhumu l-lahu min faḍlihi wa-aʿtadnā lil'kāfirīna ʿadhāban muhīnan

Dhivehi އެމީހުންނަކީ (އެބަހީ ބޮޑާވެ فَخْرُ ވެރިވާމީހުންނަކީ) بَخِيْلُ ވާ މީހުންނެވެ. ދަހިވެތިވާމީހުންނެވެ. އަދި بَخِيْلُ ވުމަށް މީސްތަކުންނަށް أمر ކުރާމީހުންނެވެ. އަދި ﷲ އެކަލާނގެ فضل ވަންތަވެރިކަމުގެތެރެއިން އެމީހުންނަށް ދެއްވި ތަކެތި ވަންހަނާ ކުރާމީހުންނެވެ. (އެއީ يهودي ންކަމުގައި ބުނެވެއެވެ. އެމީހުން بَخِيْلُ ވީކަމެއްކަމުގައިވަނީ توراة ގައިވާ رسول ﷲ ﷺ ގެ ސިފަފުޅުތަކާއި خبر ތައް މީސްތަކުންނަށް ނާންގައި ވަންހަނާ ކުރުމެވެ.) އަދި ކާފަރުވެއްޖެ މީސްތަކުންނަށް ތިމަންރަސްކަލާނގެ އިހާނާތްތެރި عذاب އެއް ތައްޔާރު ކުރެއްވީމެވެ.

Verse 38

وَٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُونَ بِٱللَّهِ وَلَا بِٱلْيَوْمِ ٱلْـَٔاخِرِ ۗ وَمَن يَكُنِ ٱلشَّيْطَـٰنُ لَهُۥ قَرِينًا فَسَآءَ قَرِينًا

Transliteration wa-alladhīna yunfiqūna amwālahum riāa l-nāsi walā yu'minūna bil-lahi walā bil-yawmi l-ākhiri waman yakuni l-shayṭānu lahu qarīnan fasāa qarīnan

Dhivehi އަދި ތިމާމެންގެ މުދާތައް މީސްތަކުންނަށް ދެއްކުމަށް ހޭދަކުރާމީހުން، އަދި އެމީހުން ﷲ އަށް އީމާންނުވާ އަދިއެކަލާނގެ އެއްކައުވަންތަކަން قبول ނުކުރާ އަދި އެމީހުން آخرة ދުވަހަށްވިޔަސް އީމާންނުވާމީހުން (ދަންނައެވެ! އެމީހުންނަކީ شيطان އާގެ އެކުވެރިންނެވެ.) އަދި އެމީހެއްގެ އެކުވެރިޔާކަމުގައި شيطان އާ ވެއްޖެމީހާ (ދަންނައެވެ!) ހަމަކަށަވަރުން އެކުވެރިއެއްގެ ގޮތުން އޭނާ ނުބައިވެގެންވެއެވެ.

Verse 39

وَمَاذَا عَلَيْهِمْ لَوْ ءَامَنُوا۟ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَأَنفَقُوا۟ مِمَّا رَزَقَهُمُ ٱللَّهُ ۚ وَكَانَ ٱللَّهُ بِهِمْ عَلِيمًا

Transliteration wamādhā ʿalayhim law āmanū bil-lahi wal-yawmi l-ākhiri wa-anfaqū mimmā razaqahumu l-lahu wakāna l-lahu bihim ʿalīman

Dhivehi އެމީހުން ﷲ އަށާއި އަދި آخرة ދުވަހަށް އީމާންވެ އަދި ﷲ އެމީހުންނަށް ދެއްވި رِزْقُ ން އެމީހުން ﷲ ގެމަގުގައި ހޭދަކުރިނަމަވެސް އެމީހުންގެމައްޗަށް އޮންނާނީ ކޮންކަމެއްހެއްޔެވެ؟ (އެމީހުންނަށް ވާނީ ކޮން ގެއްލުމެއްހެއްޔެވެ؟) އަދި ﷲ އީ އެމީހުންގެ އެންމެހައި ކަންތައް ދެނެވޮޑިގެންވާ ކަލަކުކަމުގައި ވެއެވެ.

Verse 40

إِنَّ ٱللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَـٰعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا

Transliteration inna l-laha lā yaẓlimu mith'qāla dharratin wa-in taku ḥasanatan yuḍāʿif'hā wayu'ti min ladun'hu ajran ʿaẓīman

Dhivehi ހަމަކަށަވަރުން مِثْقَال އެއްގެ ބަރުމިނުގެ މިންވަރުވިޔަސް ﷲ އަނިޔާވެރިވެވޮޑި ނުގަންނަވައެވެ. އަދި އެ (عمل އަކީ) ހެޔޮ عمل އެއްކަމުގައިވަންޏާ އެކަލާނގެ އޭގެ ދަރުމަ އިތުރުކޮށްދެއްވައެވެ. އަދި އެކަލާނގެ حضرة ން ބޮޑުވެގެންވާ ދަރުމަ އެކަލާނގެ ދެއްވައެވެ. (އެއީ ސުވަރުގެޔާ އެތާނގެ نعمة ތަކެވެ.)

Verse 41

فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍۭ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَـٰٓؤُلَآءِ شَهِيدًا

Transliteration fakayfa idhā ji'nā min kulli ummatin bishahīdin waji'nā bika ʿalā hāulāi shahīdan

Dhivehi އަދި ކޮންމެ أمّة އަކުން ތިމަންރަސްކަލަނގެ ހެކިވެރިއަކު ގެންނަވައި އަދި އެއެންމެންގެ މައްޗަށް ހެކިދިނުމަށް ކަލޭގެފާނު ގެންނަވައިފިއްޔާ ދެން ކަންތައްވާނީ ކޮންފަދައަކުންހެއްޔެވެ؟

Verse 42

يَوْمَئِذٍ يَوَدُّ ٱلَّذِينَ كَفَرُوا۟ وَعَصَوُا۟ ٱلرَّسُولَ لَوْ تُسَوَّىٰ بِهِمُ ٱلْأَرْضُ وَلَا يَكْتُمُونَ ٱللَّهَ حَدِيثًا

Transliteration yawma-idhin yawaddu alladhīna kafarū waʿaṣawū l-rasūla law tusawwā bihimu l-arḍu walā yaktumūna l-laha ḥadīthan

Dhivehi އެދުވަހުން ކާފަރުވީ މީހުންނާއި رسول އާއަށް އުރެދުނުމީހުން ތިމާމެން ބިމުގެވެއްޔާ ހަމަހަމަވާނެނަމައޭ ހިތަށްއަރާނެއެވެ. އެކަމަށް ލޯބިކުރާނެއެވެ. އަދި ﷲ އަށް އެމީހުން އެއްވެސް ވާހަކައެއް ވަންހަނާ ނުކުރި ނަމައޭވެސް ހިތައް އަރާނެއެވެ.

Verse 43

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْرَبُوا۟ ٱلصَّلَوٰةَ وَأَنتُمْ سُكَـٰرَىٰ حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِى سَبِيلٍ حَتَّىٰ تَغْتَسِلُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَـٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ ٱللَّهَ كَانَ عَفُوًّا غَفُورًا

Transliteration yāayyuhā alladhīna āmanū lā taqrabū l-ṣalata wa-antum sukārā ḥattā taʿlamū mā taqūlūna walā junuban illā ʿābirī sabīlin ḥattā taghtasilū wa-in kuntum marḍā aw ʿalā safarin aw jāa aḥadun minkum mina l-ghāiṭi aw lāmastumu l-nisāa falam tajidū māan fatayammamū ṣaʿīdan ṭayyiban fa-im'saḥū biwujūhikum wa-aydīkum inna l-laha kāna ʿafuwwan ghafūran

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެން މަސްތުވެގެންވާ حال ކަލޭމެން ނަމާދައި ގާތްނުވާށެވެ. އެއީ ކަލޭމެން ކިޔާ ނުކިޔާއެއްޗެއް ކަލޭމެންނަށް އެނގޭން ދެންނެވެ. (އެވަރަށް ހޭވަރިވާންދެނެވެ.) އަދި جُنُبُ ވެރިވެގެންވާ حال ވެސް (ނަމާދުކުރާތަނާއި އެބަހީ މިސްކިތާ) ގާތްނުވާށެވެ. މިސްކިތަށް ނުވަންނާށެވެ. ހަމައެކަނި މަގުހުރަސްކޮށްލާ މީހަކު މެނުވީއެވެ. އެއީ ދަތުރުވެރިންފަދަ މީހުންނެވެ. އަދި ކަލޭމެންނީ ބަލިމީހުންކަމުގައިވަންޏާ ނުވަތަ ދަތުރެއްގެ މަތީގައިވަންޏާ ނުވަތަ ކަލޭމެންކުރެ މީހަކު ފާޚާނާކޮށްގެން އަތުވެއްޖެއްޔާ - ނުވަތަ ކަލޭމެން އަންހެނުންގައިގާ ބީހިއްޖެއްޔާ (އެއީ އެދުންވެރިކަމާއިއެކު ބީހުމެވެ. ނުވަތަ جماع ވުމެވެ.) ދެން ކަލޭމެން (طاهر ވެގަންނާނޭ!) ފެން ކަލޭމެންނަށް ނުފެނިއްޖެއްޔާ (ނުވަތަ ފެނުން إستعمال ކުރެވޭގޮތް ނުވެއްޖެއްޔާ) ދެން طاهر ވެލިން ކަލޭމެން تَيَمّم ކުރާށެވެ! ފަހެ ކަލޭމެންގެ މޫނުތަކުގައްޔާ ކަލޭމެންގެ އަތްތަކުގައި (އެވެލިން) ފުހޭށެވެ! ހަމަކަށަވަރުން ﷲ تعالى އީ عفوء ކުރެއްވުން ބޮޑު އަދި ގިނަގިނައިން ފާފަފުއްސަވާކަލަކު ކަމުގައި ވޮޑިގެންވިއެވެ.

Verse 44

أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَـٰبِ يَشْتَرُونَ ٱلضَّلَـٰلَةَ وَيُرِيدُونَ أَن تَضِلُّوا۟ ٱلسَّبِيلَ

Transliteration alam tara ilā alladhīna ūtū naṣīban mina l-kitābi yashtarūna l-ḍalālata wayurīdūna an taḍillū l-sabīla

Dhivehi (އޭ رسول ﷲ އެވެ!) ފޮތުގެ ކޮންމެވެސްވަރެއް ދެވުނުމީހުންނަށް (އެބަހީ يهودي ންނާއި نصارى އިންނަށް) ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުން މަގުފުރެދުންގަންނަނީއެވެ. (އެއީ އެމީހުން حقّ ނު حقّ އަށް ބަދަލުކުރަނީއެވެ. އެމީހުންގެ ފޮތުން ރަނގަޅަށް އެނގެންއޮތް محمّد ﷺ ގެ ސިފަފުޅުތައް ވަންހަނާކޮށް، އަދި އެކަލޭގެފާނު އެއީ حقّ ނަބިއްޔާކަން އެނގިތިބުމާއެކުވެސް އެކަލޭގެފާނު ދޮގުކުރަނީއެވެ. އެމީހުން މަގުފުރެދުން ގަންނަކަމުގައި އެ وحي ކުރައްވަނީ އެހެންވެގެންނެވެ.) އަދި އެމީހުން އެދެނީ ކަލޭމެން (مؤمن ން) މަގުފުރައްދައިލާށެވެ.

Verse 45

وَٱللَّهُ أَعْلَمُ بِأَعْدَآئِكُمْ ۚ وَكَفَىٰ بِٱللَّهِ وَلِيًّا وَكَفَىٰ بِٱللَّهِ نَصِيرًا

Transliteration wal-lahu aʿlamu bi-aʿdāikum wakafā bil-lahi waliyyan wakafā bil-lahi naṣīran

Dhivehi އަދި ﷲ تعالى ކަލޭމެން مؤمن ންގެ عداوة ތެރިންގެ عداوة ތެރިކަމާއި ދެކޮޅުވެރިކަން މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ސަހަރޯވެރިއަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. އަދި نصر ދެއްވާ نصر ވެރިއަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ.

Verse 46

مِّنَ ٱلَّذِينَ هَادُوا۟ يُحَرِّفُونَ ٱلْكَلِمَ عَن مَّوَاضِعِهِۦ وَيَقُولُونَ سَمِعْنَا وَعَصَيْنَا وَٱسْمَعْ غَيْرَ مُسْمَعٍ وَرَٰعِنَا لَيًّۢا بِأَلْسِنَتِهِمْ وَطَعْنًا فِى ٱلدِّينِ ۚ وَلَوْ أَنَّهُمْ قَالُوا۟ سَمِعْنَا وَأَطَعْنَا وَٱسْمَعْ وَٱنظُرْنَا لَكَانَ خَيْرًا لَّهُمْ وَأَقْوَمَ وَلَـٰكِن لَّعَنَهُمُ ٱللَّهُ بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا

Transliteration mina alladhīna hādū yuḥarrifūna l-kalima ʿan mawāḍiʿihi wayaqūlūna samiʿ'nā waʿaṣaynā wa-is'maʿ ghayra mus'maʿin warāʿinā layyan bi-alsinatihim waṭaʿnan fī l-dīni walaw annahum qālū samiʿ'nā wa-aṭaʿnā wa-is'maʿ wa-unẓur'nā lakāna khayran lahum wa-aqwama walākin laʿanahumu l-lahu bikuf'rihim falā yu'minūna illā qalīlan

Dhivehi އަދި ފޮތްދެވުނު يهودي ންގެތެރޭގައި (ބާވައިލެއްވި كلمة ނުވަތަ އެ كلمة ގެ މާނަ) ބަދަލުކުރާ މީހުންވެއެވެ. އަދި އެމީހުން ބުނެއެވެ. (رسول ﷲ އާއި مُخاطب ކޮށް އެމީހުން ބުނެއެވެ.) [އަހުރެމެން އަހައިފީމެވެ. އަދި އަހުރެމެން އުރެދިއްޖައީމެވެ. އަދި] ކަލޭގެފާނު އައްސަވާށެވެ. ކަލޭގެފާނަށް ނުއިވޭށިއެވެ! ﷲ ކަލޭގެފާނަށް ނުއިއްވާށިއެވެ! އަދި "ކަލޭގެފާނު އަހުރެމެންނަށް ބައްލަވާށޭ" މިހެން އޮތް عرب ބަސް އެމީހުން ބޭނުންކުރަނީ ހުތުރުއެއްޗެތިކިޔާ މާނައިގައެވެ. އެއީ رَاعِنَا އޭ އޮތް كلمة އެވެ. މި كلمة މިހާރު ﷲ ބަދަލުކުރައްވައި އޭގެ ބަދަލުގައި أُنْظُرْنَا މި كلمة ވާނީ ބާވައިލައްވާފައެވެ. ފަހެ އެމީހުން އެބާވަތުގެ كلمة ކިޔަނީ ދޫފުރޮޅުމުގެގޮތުންނެވެ. އަދި دين އަށް عَيْبُ ކިއުމުގެ ގޮތުންނެވެ. އަދި އެމީހުން (އޭގެބަދަލުގައި) އަހުރެމެން އަހައިފީމެވެ. އަދި އަހުރެމެން ކިޔަމަންތެރި ވެއްޖައީމެވެ. އަދި އައްސަވާށެވެ! އަދި އަހުރެމެންނަށް إنتظار ކުރައްވާށެވެ. މިހެން ބުނިނަމަ އެމީހުންނަށް މާހެޔޮވެފައި ސީދާކަން މާބޮޑުވީހެވެ. އަދި އެހެނެއްކަމަކު އެމީހުންގެ ކާފަރުކަމުގެ ސަބަބުން ﷲ އެމީހުންނަށް لعنة ލެއްވީއެވެ. ފަހެ އެމީހުން ދާދި މަދުންނޫނީ އީމާން ނުވެއެވެ.

Verse 47

يَـٰٓأَيُّهَا ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ ءَامِنُوا۟ بِمَا نَزَّلْنَا مُصَدِّقًا لِّمَا مَعَكُم مِّن قَبْلِ أَن نَّطْمِسَ وُجُوهًا فَنَرُدَّهَا عَلَىٰٓ أَدْبَارِهَآ أَوْ نَلْعَنَهُمْ كَمَا لَعَنَّآ أَصْحَـٰبَ ٱلسَّبْتِ ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًا

Transliteration yāayyuhā alladhīna ūtū l-kitāba āminū bimā nazzalnā muṣaddiqan limā maʿakum min qabli an naṭmisa wujūhan fanaruddahā ʿalā adbārihā aw nalʿanahum kamā laʿannā aṣḥāba l-sabti wakāna amru l-lahi mafʿūlan

Dhivehi އޭފޮތް ދެވުނު މީހުންނޭވެ! ކަލޭމެންނާއިއެކުވާ ފޮތް ތެދުކުރާ حال ތިމަންރަސްކަލާނގެ ބާވައިލެއްވި ތަކެއްޗަށް ކަލޭމެން އީމާންވާށެވެ. އެއީ މޫނުތަކެއް މުޅިން އަނދިރިކުރައްވާ އެމޫނުތައް އެހުރި ފަރާތްނޫން އަނެއްފަރާތަށް ތިމަންރަސްކަލާނގެ ބަދަލުކުރެއްވުމުގެ ކުރިންނެވެ. ނުވަތަ ހޮނިހިރުދުވަހުގެ އެކުވެރިންނަށް ތިމަންރަސްކަލާނގެ لعنة ލެއްވިފަދައިން ތިމަންރަސްކަލާނގެ لعنة ލެއްވުމުގެކުރިން ކަލޭމެން އީމާންވާށެވެ. (އެބަހީ މިކީރިތި قرآن އަށް ކަލޭމެން އީމާން ނުވެއްޖެއްޔާ ކަލޭމެންގެ މޫނުތައް ހުރިތަން ނޫން އަނެއްފަރާތަށް ބަދަލުކުރައްވައިފާހުށީމެވެ. ނުވަތަ ހޮނިހިރުދުވަހު ކެއޮޅުކަން ކުރި މީހުންނަށް لعنة ލެއްވިފަދައިން لعنة ލައްވާފާހުށީމެވެ.) އަދި ﷲ ގެ أمر ފުޅު އެއީ تَنْفِيْذُ ވެވޭނޭ އެއްޗެކެވެ.

Verse 48

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا

Transliteration inna l-laha lā yaghfiru an yush'raka bihi wayaghfiru mā dūna dhālika liman yashāu waman yush'rik bil-lahi faqadi if'tarā ith'man ʿaẓīman

Dhivehi ހަމަކަށަވަރުން ﷲ تعالى އެކަލާނގެއާއި شريك ކުރި ފާފަ (قيامة ދުވަހުން) އެކަލާނގެ ނުފުއްސަވާނެއެވެ. އަދި އެހެނިހެން ފާފަ އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ފުއްސަވާނެއެވެ. އަދި ﷲ އަށް شريك ކުރިމީހާ ހަމަކަށަވަރުން އެއުފައްދައިގަތީ ބޮޑުވެގެންވާ ފާފައެކެވެ.

Verse 49

أَلَمْ تَرَ إِلَى ٱلَّذِينَ يُزَكُّونَ أَنفُسَهُم ۚ بَلِ ٱللَّهُ يُزَكِّى مَن يَشَآءُ وَلَا يُظْلَمُونَ فَتِيلًا

Transliteration alam tara ilā alladhīna yuzakkūna anfusahum bali l-lahu yuzakkī man yashāu walā yuẓ'lamūna fatīlan

Dhivehi ތިމާމެންގެ نفس ތައް ތިމާމެން އަމިއްލައަށް طاهر ކޮށް ކުށުން ބަރީއަކުރާމީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ (އެއީ يهودي ންނެވެ. އެމީހުން އެބުނަނީ އަހުރެމެންނަކީ ﷲ ގެ ދަރިންނެވެ. އަދިއެކަލާނގެ ލޯބިވެވޮޑިގަންނަވާ މީހުންނެވެ.) އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ (طاهر ކޮށް ކުށުން ބަރީއަ ކުރައްވަނީ ﷲ އެވެ.) އެކަލާނގެ އިރާދަކުރެއްވި އަޅަކު އެކަލާނގެ طاهر ކުރައްވައެވެ. އަދި فَتِيْلَة އެއްގެ މިންވަރުވެސް އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ. (فَتِيْلَة އަކީ ކަދުރު ނޮޅައިލީމާ އޮށުގެ ފެޅުނު ދިމާ މަތީގައިވާ ފަށްވަރެވެ.)

Verse 50

ٱنظُرْ كَيْفَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ ۖ وَكَفَىٰ بِهِۦٓ إِثْمًا مُّبِينًا

Transliteration unẓur kayfa yaftarūna ʿalā l-lahi l-kadhiba wakafā bihi ith'man mubīnan

Dhivehi (އޭ رسول ﷲ އެވެ!) އެމީހުން ﷲ އަށް ދޮގުހަދަނީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ބައްލަވާށެވެ! އަދި އެކަން އެއީ ބޮޑުވެގެންވާ ފާފައެއްކަމުގައި ފުދެއެވެ.

Verse 51

أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَـٰبِ يُؤْمِنُونَ بِٱلْجِبْتِ وَٱلطَّـٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا۟ هَـٰٓؤُلَآءِ أَهْدَىٰ مِنَ ٱلَّذِينَ ءَامَنُوا۟ سَبِيلًا

Transliteration alam tara ilā alladhīna ūtū naṣīban mina l-kitābi yu'minūna bil-jib'ti wal-ṭāghūti wayaqūlūna lilladhīna kafarū hāulāi ahdā mina alladhīna āmanū sabīlan

Dhivehi ފޮތުން މިންވަރެއް ދެވުނުމީހުންނަށް (يهودي ންނަށް) ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ (އެމީހުންގެ ކަންތައް ހުރިގޮތް ނިކަން ބައްލަވާށެވެ!) އެމީހުން އެ އީމާންވަނީ جِبْت އާއި طَاغُوت އަށެވެ. (جِبْت އަކީ سِحْر އެވެ. طَاغُوت އަކީ شيطان އާއެވެ. / ނުވަތަ އެއީ އެދެނަމުގައިވާ ދެބުދެވެ. ނުވަތަ މި ދެ كلمة އިން މުރާދުކުރެވެނީ يهودي ންގެ حُيَيُّ بنُ أخْطَب އާއި كَعْبُ بن أَشْرف އެވެ. އަދި އެހެން ގޮތްގޮތަށްވެސް ކިޔާފައިވެއެވެ. والله أعلم بالصّواب) އަދި ކާފަރުވީމީހުންނަށް އެމީހުން ބުނަނީ އީމާންވީ މީހުންނަށްވުރެން މިކާފަރުން މާހެޔޮވެފައި ތެދުމަގުގައިވުން ބޮޑެވެ.

Verse 52

أُو۟لَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ ۖ وَمَن يَلْعَنِ ٱللَّهُ فَلَن تَجِدَ لَهُۥ نَصِيرًا

Transliteration ulāika alladhīna laʿanahumu l-lahu waman yalʿani l-lahu falan tajida lahu naṣīran

Dhivehi އެމީހުން އެއީ (އެބަހީ جِبْت އާއި طَاغُوت އަށް އީމާންވާމީހުން އެއީ) ﷲ އެމީހުންނަށް لعنة ލައްވާފައިވާ ބައެކެވެ. އަދި ﷲ އެބައެއްގެ މައްޗަށް لعنة ލެއްވި މީހަކަށް نصر ދޭނޭ އެކަކުވެސް ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ.

Verse 53

أَمْ لَهُمْ نَصِيبٌ مِّنَ ٱلْمُلْكِ فَإِذًا لَّا يُؤْتُونَ ٱلنَّاسَ نَقِيرًا

Transliteration am lahum naṣībun mina l-mul'ki fa-idhan lā yu'tūna l-nāsa naqīran

Dhivehi އަދި ނުވަތަ އެމީހުންނަށް ވެރިކަމާއި މުދަލުގެތެރެއިން ކޮންމެވެސް މިންވަރެއް ލިބިގެންވަނީހެއްޔެވެ؟ އެހެންކަމަށްވަންޏާ އެމީހުން މީސްތަކުންނަށް (ނުވަތަ رسول ﷲ ﷺ އަށް) نقير އެއްގެ މިންވަރުވެސް ނުދިނީހެވެ. (نقيرއަކީ ކަދުރު ނޮޅައިލީމާ އޭގެ އަޑީގައިވާ އޮށުގެ ބުރިކަށިފަރާތުގައި އިންނަ ހިމަލޯވަޅެކެވެ. ވިދެކެވެ.)

Verse 54

أَمْ يَحْسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۖ فَقَدْ ءَاتَيْنَآ ءَالَ إِبْرَٰهِيمَ ٱلْكِتَـٰبَ وَٱلْحِكْمَةَ وَءَاتَيْنَـٰهُم مُّلْكًا عَظِيمًا

Transliteration am yaḥsudūna l-nāsa ʿalā mā ātāhumu l-lahu min faḍlihi faqad ātaynā āla ib'rāhīma l-kitāba wal-ḥik'mata waātaynāhum mul'kan ʿaẓīman

Dhivehi ނުވަތަ އެމީހުން މީސްތަކުންނަށް ﷲ އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން ދެއްވާފައިވާ ތަކެއްޗަށް حسد ވެރިވަނީހެއްޔެވެ. (މިއާޔަތުގައި މީސްތަކުންނޭ އޮތްބަސްފުޅުގެ މާނައީ ހަމަސީދާ رسول ﷲ ﷺ އެވެ. އެކަލޭގެފާނަށް އެދެއްވި އެއްޗަކީ نبي ކަމެވެ. ވީމާ: އެމީހުން އެކަލޭގެފާނުންގެ نبي ކަމަށް حسد ވެރިވަނީހެއްޔެވެ.) ފަހެ ހަމަކަށަވަރުން إبراهيم عليه السّلام އަށާއި އެކަލޭގެފާނުންގެ آل ންނަށް - އެބަހީ އެކަލޭގެފާނަށް އީމާންވެ تبع ވީމީހުންނަށް ތިމަންރަސްކަލާނގެ ފޮތާއި حكمة ދެއްވީމެވެ. (މިބައިމީހުން އެމީހުންނަށް حسد ވެރިނުވަނީ ކީއްވެބާވައެވެ؟ محمّد ގެފާނަށް نبي ކަންދެއްވީމާ حسد ވެރިވާންވީ ކީއްވެގެންހެއްޔެވެ؟) އަދި އެމީހުންނަށް ތިމަންރަސްކަލާނގެ ބޮޑުވެގެންވާ ވެރިކަމާއި ތަކެތިދެއްވީމެވެ. (سليمان عليه السّلام އަށްދެއްވިފަދަ ވެރިކަމެވެ.) والله أعلم.

Verse 55

فَمِنْهُم مَّنْ ءَامَنَ بِهِۦ وَمِنْهُم مَّن صَدَّ عَنْهُ ۚ وَكَفَىٰ بِجَهَنَّمَ سَعِيرًا

Transliteration famin'hum man āmana bihi wamin'hum man ṣadda ʿanhu wakafā bijahannama saʿīran

Dhivehi ފަހެ އެމީހުންގެތެރޭގައި އެބަހީ: يهودي ންގެތެރޭގައި އެކަލޭގެފާނަށް (އެބަހީ محمّد ﷺ އަށް) އީމާންވީ މީހުންވެއެވެ. އަދި އެމީހުންގެތެރޭގައި އެކަލޭގެފާނަށް އީމާންނުވެ އެނބުރިފުރަގަސް ދިންމީހުން ވެއެވެ. އަދި ނަރަކަ އެއީ (ދޮގުވެރިންނަށް) އަލިފާނަކަށް ފުދޭވަރު ތަނެކެވެ.

Verse 56

إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَـٰهُمْ جُلُودًا غَيْرَهَا لِيَذُوقُوا۟ ٱلْعَذَابَ ۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمًا

Transliteration inna alladhīna kafarū biāyātinā sawfa nuṣ'līhim nāran kullamā naḍijat julūduhum baddalnāhum julūdan ghayrahā liyadhūqū l-ʿadhāba inna l-laha kāna ʿazīzan ḥakīman

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފަރުވީ މީސްތަކުން (ދަންނައެވެ!) ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުން ނަރަކައަށް ލާހުށީމެވެ. އަދި އެމީހުންގެ ގައިގެ ހަންތައް ފިހެވި ފައްކާވާ ކޮންމެ ހިނދެއްގައި އެމީހުންނަށް އެނޫން އެހެން އައު ހަން ތިމަންރަސްކަލާނގެ ބަދަލުކުރައްވާހުށީމެވެ. އެއީ عذاب ގެ ރަހަ އެމީހުން ލިބިގަތުމަށެވެ. ހަމަކަށަވަރުން ﷲ تعالى އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ. (ދަންނައެވެ! އިންސާނާގެ ހަމަކީ އަސަރުތައް إحساس ކުރުމުގެ އެންމެބޮޑު ތަނެވެ. އެހެންވެ ނަރަކަވަންތަވެރިންގެ ހަންގަނޑު އެއްފަހަރު ފިހި އަނދާ ދިއުމުން އަނެއްކާވެސް އާހަންގަނޑު ފިހިއަނދާ ފިހެވިވުމީ عذاب ގެ ކޮޅުނެތްކޮޅެވެ. ﷲ އަޅަމެން އެތަނުން ސަލާމަތްކުރައްވާށިއެވެ. آمين)

Verse 57

وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَنُدْخِلُهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۖ لَّهُمْ فِيهَآ أَزْوَٰجٌ مُّطَهَّرَةٌ ۖ وَنُدْخِلُهُمْ ظِلًّا ظَلِيلًا

Transliteration wa-alladhīna āmanū waʿamilū l-ṣāliḥāti sanud'khiluhum jannātin tajrī min taḥtihā l-anhāru khālidīna fīhā abadan lahum fīhā azwājun muṭahharatun wanud'khiluhum ẓillan ẓalīlan

Dhivehi އަދި އީމާންވެގެން صالح عمل ކުރިމީހުން (ދަންނައެވެ!) ނިކަންހުރެ އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގާ އޮންނަ ބަގީޗާތަކަކަށް (ސުވަރުގެތަކަށް) ތިމަންރަސްކަލާނގެ އެމީހުން ވައްދަވާހުށީމެވެ. އެމީހުން އެތާ ދާއިމީގޮތެއްގައި ތިބޭގޮތަށެވެ. އަދި އެތާނގައި އެމީހުންނަށް طاهر ވެގެންވާ އަނބީންތައް ވެއެވެ. އަދި ބޯހިޔާނގަޑަކަށް ނުވަތަ ދާއިމީ ހިޔާގަނޑަކަށް ތިމަންރަސްކަލާނގެ އެމީހުން ވައްދަވާހުށީމެވެ.

Verse 58

۞ إِنَّ ٱللَّهَ يَأْمُرُكُمْ أَن تُؤَدُّوا۟ ٱلْأَمَـٰنَـٰتِ إِلَىٰٓ أَهْلِهَا وَإِذَا حَكَمْتُم بَيْنَ ٱلنَّاسِ أَن تَحْكُمُوا۟ بِٱلْعَدْلِ ۚ إِنَّ ٱللَّهَ نِعِمَّا يَعِظُكُم بِهِۦٓ ۗ إِنَّ ٱللَّهَ كَانَ سَمِيعًۢا بَصِيرًا

Transliteration inna l-laha yamurukum an tu-addū l-amānāti ilā ahlihā wa-idhā ḥakamtum bayna l-nāsi an taḥkumū bil-ʿadli inna l-laha niʿimmā yaʿiẓukum bihi inna l-laha kāna samīʿan baṣīran

Dhivehi (އޭ މީސްތަކުންނޭވެ!) ހަމަކަށަވަރުން އަމާނާތްތައް އޭގެ أهل ވެރިންނަށް އަދާކުރުމަށް ﷲ تعالى ކަލޭމެނަށް أمر ކުރައްވައެވެ. އަދި މީސްތަކުންގެމެދުގައި ކަލޭމެން حكم ކުރަންޏާ عدل ވެރިކޮށް حكم ކުރުމަށްވެސް އެކަލާނގެ أمر ކުރައްވައެވެ. އެފަދަ ކަންކަންކަމުން ކަލޭމެންނަށް އެކަލާނގެ وعظ އާއި نصيحة ދެއްވުންއެއީ އެކަލާނގެ ދެއްވާ ބޮޑު نعمة އެކެވެ. (އެކަމުގައި ހުރި ރަނގަޅުކަމާއެވެ!) ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.

Verse 59

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَـٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

Transliteration yāayyuhā alladhīna āmanū aṭīʿū l-laha wa-aṭīʿū l-rasūla wa-ulī l-amri minkum fa-in tanāzaʿtum fī shayin faruddūhu ilā l-lahi wal-rasūli in kuntum tu'minūna bil-lahi wal-yawmi l-ākhiri dhālika khayrun wa-aḥsanu tawīlan

Dhivehi އޭ އީމާންވެއްޖެ މީހުންނޭވެ! ކަލޭމެން ﷲ އަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން رسول އާއަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެންގެ ކަންކަމުގެ ވެރިންނަށްވެސް (ކިޔަމަންވާށެވެ!) (ވެރިންނަށް ކިޔަމަންވުމުގައި ދެތިން شرط އެއްވެއެވެ. އެއީ ﷲ އަށް އުރެދެވޭ ކަމަކަށް އޭނާ އަމުރު ނުކުރުން - عَدْل އަށް އޭނާ حكم ކުރުން - مسلم ންނަށް މަންފާ ކުރާކަމަކަށް އަމުރުކުރުން - ފަހެ ﷲ އަށް އުރެދެވޭ ކަމަކަށް އޭނާ އަމުރުކުރިޔަސް އެ އަމުރަށް ކިޔަމަންވުމެއްނެތެވެ. އެނޫން حالت ގައި އޭނާއަށް ކިޔަމަންވުން واجب އެވެ.) ދެންފަހެ ކަލޭމެންގެތެރޭގައި ކަމަކާމެދު (خاصّ ކޮށް دين ގެކަމަކާމެދު) ދެބަސްވެ އަރައިރުން ވަންޏާ ކަލޭމެން އެކަމެއް ﷲ އަށް ރައްދުކުރާށެވެ! (އެބަހީ ﷲ ގެ ފޮތުގައި އެކަން އޮތްގޮތެއް ބަލައި އެއޮތްގޮތަކަށް ހަދާށެވެ! އޭގައިވާ ގޮތަކަށް ހަދާށެވެ.) އަދި رسول އާ އަށް ރައްދުކުރާށެވެ! (އެބަހީ އެކަމުގައި رسول ﷲ ﷺ ވިދާޅުވިގޮތެއް ބަލައި އެގޮތަށް ހަދާށެވެ!) އެހެން ހަދަންޖެހެނީ ކަލޭމެން ﷲ އަށާއި آخرة ދުވަހަށް އީމާންވެގެންވަންޏާއެވެ. (އެބަހީ ﷲ އަށާއި آخرة އަށް އީމާންވެގެންވާ ބަޔަކުވިއްޔާ دين ގެ ހުރިހާކަމެއް ކުރަންވާނީ ﷲ ގެ ފޮތާއި رسول އާގެ سنّة ގައި ވާގޮތަށެވެ. قرآن އާއި حديث ން ފެންނަގޮތަށެވެ. مذهب އެއްގައި އޮތްގޮތަކަށްނޫނެވެ. مذهب އަށް އަޅުކަންކުރުމީ ﷲ ގެ أمر ފުޅެއްނޫނެވެ. އަދި رسول އާގެ އަމުރުފުޅެއްނޫނެވެ. އަދި مذهب އެއްގެ إمام އެއްގެ އަމުރެއްވެސް ނޫނެވެ. އެއީ އަރައިގެންއުޅޭ އޮޅުމެކެވެ.) ދެންފަހެ އެދެ أصل ގައިވާގޮތަށް ހެދުން އެއީ އެންމެހެޔޮ ރަނގަޅު ގޮތެވެ. އަދި حقّ އަށް رجوع ވުމުގެ އެންމެ ހެޔޮގޮތެވެ.

Verse 60

أَلَمْ تَرَ إِلَى ٱلَّذِينَ يَزْعُمُونَ أَنَّهُمْ ءَامَنُوا۟ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوٓا۟ إِلَى ٱلطَّـٰغُوتِ وَقَدْ أُمِرُوٓا۟ أَن يَكْفُرُوا۟ بِهِۦ وَيُرِيدُ ٱلشَّيْطَـٰنُ أَن يُضِلَّهُمْ ضَلَـٰلًۢا بَعِيدًا

Transliteration alam tara ilā alladhīna yazʿumūna annahum āmanū bimā unzila ilayka wamā unzila min qablika yurīdūna an yataḥākamū ilā l-ṭāghūti waqad umirū an yakfurū bihi wayurīdu l-shayṭānu an yuḍillahum ḍalālan baʿīdan

Dhivehi (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗަށާއި އަދި ކަލޭގެފާނުންގެ ކުރީގައި ބާވައިލެއްވި ތަކެއްޗަށްވެސް އީމާންވެގެންވާ ކަމުގައި ހީކުރާ ބަޔަކަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުން އެ އެދެނީ طاغوت ގެ ފަރާތުން حكم ހޯދުމަށެވެ. އަދި ހަމަކަށަވަރުން އެމީހުންނަށް أَمْرُ ވެވިގެންވަނީ طاغوت އަށް ކާފަރުވާށެވެ. އޭގެފަރާތުން حكم ނުހޯދުމަށެވެ. އަދި شيطان އާ އެދެނީ އެމީހުން ވަރަށް ދުރު މަގުފުރެދުމަކުން މަގުފުރައްދައިލާށެވެ. އޮޅުވައިލާށެވެ.

Verse 61

وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَيْتَ ٱلْمُنَـٰفِقِينَ يَصُدُّونَ عَنكَ صُدُودًا

Transliteration wa-idhā qīla lahum taʿālaw ilā mā anzala l-lahu wa-ilā l-rasūli ra-ayta l-munāfiqīna yaṣuddūna ʿanka ṣudūdan

Dhivehi އަދި އެމީހުންނަށް ކަލޭމެންގެ ﷲ ގެ ފޮތުގައިވާގޮތަށާއި އަދި رسول އާ ވިދާޅުވާގޮތަކަށް حكم ކުރަން ދަމާއަންނާށޭ ބުނެވިއްޖެއްޔާ ކަލޭގެފާނު ދެކެވަޑައިގަންނަވާނީ އެ منافق ންގެމީހުން ކަލޭގެފާނާއި ދުރުވެ މަނާވެގަންނާތީއެވެ.

Verse 62

فَكَيْفَ إِذَآ أَصَـٰبَتْهُم مُّصِيبَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَآءُوكَ يَحْلِفُونَ بِٱللَّهِ إِنْ أَرَدْنَآ إِلَّآ إِحْسَـٰنًا وَتَوْفِيقًا

Transliteration fakayfa idhā aṣābathum muṣībatun bimā qaddamat aydīhim thumma jāūka yaḥlifūna bil-lahi in aradnā illā iḥ'sānan watawfīqan

Dhivehi ފަހެ އެމީހުންގެ އަތްތައް އިސްކޮށްފައިވާ ކަންތަކުގެ ސަބަބުން (އެބަހީ طاغوت ގެފަރާތުން حكم ހޯދުމުގެ ސަބަބުން ފާފަވެރިވެގެން) ﷲ ގެ ކޯފާއެއް އެމީހުނަށް އަތުވެއްޖެއްޔާ ދެން އެމީހުން ކަލޭގެފާނުންގެ އަރިހަށް އައިސް ﷲ ގަންދީ ހުވައިކޮށްފައި ބުނާނެއެވެ. އަހުރެމެން އެކަމުގައި (އެބަހީ طاغوت ގެފަރާތުން حكم ހޯދުމުގައި) ހަމަރަނގަޅު ގޮތްމެނުވީ އަދި ދެފަރާތް އެއްބަސްވެ ހަމަޖެހުންމެނުވީ ނޭދެމެވެ.

Verse 63

أُو۟لَـٰٓئِكَ ٱلَّذِينَ يَعْلَمُ ٱللَّهُ مَا فِى قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِىٓ أَنفُسِهِمْ قَوْلًۢا بَلِيغًا

Transliteration ulāika alladhīna yaʿlamu l-lahu mā fī qulūbihim fa-aʿriḍ ʿanhum waʿiẓ'hum waqul lahum fī anfusihim qawlan balīghan

Dhivehi އެމީހުންނަކީ (އެބަހީ އެ منافق ންނަކީ) އެމީހުންގެ ހިތްތަކުގައިވާ (حقّ އާއި ދުރަށް ލެނބުމާއި نفاق ކަމުގެ) އެންމެހައި ތަކެތި ﷲ ދެނެވޮޑިގެންވާ ބައެކެވެ. ފަހެ ކަލޭގެފާނު އެމީހުންކުރާ ކަންތަކަށް ނުބައްލަވައި އެމީހުންގެ ކިބައިން އެނބުރިވަޑައިގަންނަވާށެވެ! އަދި އެމީހުންނަށް وعظ އާއި نصيحة ދެއްވާށެވެ! އަދި އެހެންމީހުންނާއި ނުލައި ހަމައެކަނި އެމީހުންނަށް / ނުވަތަ އެމީހުންގެ نفس ތަކުގެ حقّ ގައި ކަލޭގެފާނު އެމީހުންނަށް އަސަރުކުރާފަދަ بلاغة ތެރި ބަސްފުޅު ވިދާޅުވާށެވެ.

Verse 64

وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوٓا۟ أَنفُسَهُمْ جَآءُوكَ فَٱسْتَغْفَرُوا۟ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُوا۟ ٱللَّهَ تَوَّابًا رَّحِيمًا

Transliteration wamā arsalnā min rasūlin illā liyuṭāʿa bi-idh'ni l-lahi walaw annahum idh ẓalamū anfusahum jāūka fa-is'taghfarū l-laha wa-is'taghfara lahumu l-rasūlu lawajadū l-laha tawwāban raḥīman

Dhivehi (އޭ رسول ﷲ އެވެ!) އަދި ތިމަންރަސްކަލާނގެ އެއްވެސް رسول ބޭކަލަކު ﷲ ގެ އިޒުނަފުޅަށް އެބޭކަލަކަށް މީސްތަކުން ކިޔަމަންތެރިވުމަށް މެނުވީ ނުފޮނުއްވަމެވެ. (ކަލޭގެފާނުވެސް ތިޔައީ އެފަދަ رسول ބޭކަލެކެވެ. ކަލޭގެފާނަށް ކިޔަމަންވުންވަނީ ކަލޭގެފާނުންގެ قوم ގެމީހުންނަށް فرض ވެފައެވެ.) އަދި އެމީހުން (طاغوت ގެ ފަރާތުން حكم އަށް އެދިގަތުމުގެ ސަބަބުން) އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީހިނދު އެމީހުން ކަލޭގެފާނުންގެ އަރިހަށްއައިސް ދެން އެމީހުންގެ ފާފަ ފުއްސެވުމަށް ﷲ ގެ حضرة ގައި އެމީހުން އެދި އަދި އެމީހުންގެ ފާފަފުއްސަވައިދެއްވުމަށް رسول އާ އެދިވަޑައިގެންފިއްޔާ ހަމަކަށަވަރުން ﷲ އީ توبة ލެއްވުން ބޮޑު ގިނަގިނައިން رحمة ލައްވާކަލަކުކަމުގައި އެމީހުން ދެކޭނެއެވެ. (އެމީހުންނަށް އެކަން ރަނގަޅަށް އެނގޭނެއެވެ.) • މިއާޔަތުން މިދަލީލުކުރަނީ ކިތަންމެބޮޑު ފާފައެއްކުރެވުނަސް ﷲ ގެ حضرة ގައި އެފާފަ ފުއްސެވުމަށް އެދި توبة ވެއްޖެނަމަ އެކަމެއް އެކަލާނގެ އިރާދަކުރެއްވި ފަރާތަކަށް ފުއްސަވައިފާނޭކަމެވެ. والله أعلم.

Verse 65

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا

Transliteration falā warabbika lā yu'minūna ḥattā yuḥakkimūka fīmā shajara baynahum thumma lā yajidū fī anfusihim ḥarajan mimmā qaḍayta wayusallimū taslīman

Dhivehi ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަނީ: އެމީހުންގެމެދުގައި (އެބަހީ އެންމެންގެ މެދުގައިވެސް) ދެބަސްވެވި އަރައިރުން ވެވޭކަންކަމުގައި އެމީހުންނަށް حكم ކުރާމީހަކުކަމުގައި ކަލޭގެފާނު ހަދައި، އަދި ކަލޭގެފާނު ދެން އެކުރެއްވި حكم އަކާއިމެދު ކުރެއްވި ނިޔާއަކާއިމެދު (އެމީހުން ހިތްހަމަޖެހި) އެމީހުންގެ ހިތުގައި އެއްވެސް ނުރުހުމެއް ހިތްބަރުވުމެއްނެތި އެތެރެފުށާއި ބޭރުފުށުން އެމީހުން ރުހި قبول ވެ ކިޔަމަންތެރިވެއްޖައުމަށްދާން އެމީހުން އީމާންނުވެއެވެ. • ދަންނަވަންތޯއެވެ. މިއީ ވަރަށްބޮޑު މައްސަލައެކެވެ. އިސްލާމްދީނުގެ حكم އަކަށް ހިތްހަމަނުޖެހުނު މީހާގެ އީމާކަންވެސް ސަލާމަތަކުން ނެތެވެ. އެހެންވީއިރު ދީނުގެ حكم ތައް ކަމުނުގޮސްގެން އެހެން حكم ތަކެއްހަދައި تنفيذ ކުރާމީހުންނާމެދު ތިޔަބޭފުޅުންގެ خيال އަކީ ކޮބައިތޯއެވެ؟ މިއަކީ މީހަކު ޖަވާބުދޭންޖެހޭކަމެއްވެސްނޫނެވެ. ހަތްވަނަ އުޑުގެވެސް މަތިން އެވަނީ އޭގެ جواب ބާވައިލައްވާފައެވެ. ﷲ ގަންދެއްވައި އެ وحي ކުރައްވަނީ އެމީހުން އީމާންނުވާކަމަށެވެ. އިސްލާމްދީނާއި ދިމާނުވާ وَضْعِى قانون ތައް މި حكم ގެތެރެއަށް ނުވަދެނުދާނެ އިނގޭތޯއެވެ.

Verse 66

وَلَوْ أَنَّا كَتَبْنَا عَلَيْهِمْ أَنِ ٱقْتُلُوٓا۟ أَنفُسَكُمْ أَوِ ٱخْرُجُوا۟ مِن دِيَـٰرِكُم مَّا فَعَلُوهُ إِلَّا قَلِيلٌ مِّنْهُمْ ۖ وَلَوْ أَنَّهُمْ فَعَلُوا۟ مَا يُوعَظُونَ بِهِۦ لَكَانَ خَيْرًا لَّهُمْ وَأَشَدَّ تَثْبِيتًا

Transliteration walaw annā katabnā ʿalayhim ani uq'tulū anfusakum awi ukh'rujū min diyārikum mā faʿalūhu illā qalīlun min'hum walaw annahum faʿalū mā yūʿaẓūna bihi lakāna khayran lahum wa-ashadda tathbītan

Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (އެބަހީ طَاغُوت ގެ حكم ހޯދުމަށް އެދުނުމީހުންނަށް) އެމީހުން އެމީހުންގެ نفس ތައް މެރުމަށް ނުވަތަ އެމީހުން އެމީހުންގެ ގޯތިގެދޮރުތަކުން ނުކުމެގެން ދިއުމަށް ތިމަންރަސްކަލާނގެ فرض ކުރައްވާ ކަނޑައެޅުއްވިނަމަ ހަމަކަށަވަރުން އޭގެ މަދުބަޔަކުމެނުވީ އެކަންނުކުރީހެވެ. އަދި އެމީހުންނަށް وعظ އާއި نصيحة ދެވޭ ކަންތައް އެމީހުންކުރިނަމަ (އެބަހީ ﷲ އަށް ކިޔަމަންވެ އެމީހުންނަށް މަނާކުރެވުނު ކަންތަކުން އެމީހުން މަނާވެގަތްނަމަ) ހަމަކަށަވަރުން އެމީހުންނަށް އެކަންހެޔޮވެގެންވެއެވެ. އަދި އީމާންކަން ސާބިތުވުމުގެގޮތުން މާގަދަވީހެވެ.

Verse 67

وَإِذًا لَّـَٔاتَيْنَـٰهُم مِّن لَّدُنَّآ أَجْرًا عَظِيمًا

Transliteration wa-idhan laātaynāhum min ladunnā ajran ʿaẓīman

Dhivehi އަދި އޭރުން ތިމަންރަސްކަލާނގެ حضرة ން އެމީހުންނަށް ބޮޑުވެގެންވާ ދަރުމަ ތިމަންރަސްކަލާނގެ ދެއްވާ ހުށީމެވެ.

Verse 68

وَلَهَدَيْنَـٰهُمْ صِرَٰطًا مُّسْتَقِيمًا

Transliteration walahadaynāhum ṣirāṭan mus'taqīman

Dhivehi އަދި ހަމަކަށަވަރުން ސީދާވެގެންވާ ތެދުމަގަށް ތިމަންރަސްކަލާނގެ އެމީހުންނަށް މަގުދައްކަވާ ހުށީމެވެ.

Verse 69

وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَـٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّـٰلِحِينَ ۚ وَحَسُنَ أُو۟لَـٰٓئِكَ رَفِيقًا

Transliteration waman yuṭiʿi l-laha wal-rasūla fa-ulāika maʿa alladhīna anʿama l-lahu ʿalayhim mina l-nabiyīna wal-ṣidīqīna wal-shuhadāi wal-ṣāliḥīna waḥasuna ulāika rafīqan

Dhivehi އަދި ﷲ އަށާއި رسول އާއަށް ކިޔަމަންތެރިވެއްޖެމީހުން (ދަންނައެވެ.) ހަމަކަށަވަރުން އެމީހުންވާހުށީ (قيامة ދުވަހުން) ﷲ އެބޭކަލުންގެމައްޗަށް نعمة ލެއްވި ބޭކަލުންކަމުގައިވާ نبي ބޭކަލުންނާ صدّيق ންނާއި شهيد ންނާ އަދި صالح މާތްމީހުންނާއި އެކުގައެވެ. (ސުވަރުގޭގައެވެ.) އަދި އެކުވެރިންގެގޮތުގައިވުމަށް އެބޭކަލުން ރަނގަޅުވެގެންވެއެވެ.

Verse 70

ذَٰلِكَ ٱلْفَضْلُ مِنَ ٱللَّهِ ۚ وَكَفَىٰ بِٱللَّهِ عَلِيمًا

Transliteration dhālika l-faḍlu mina l-lahi wakafā bil-lahi ʿalīman

Dhivehi އެމާތްކަމާއި އެ فضل ވަންތަކަމަކީ ﷲ ގެ حضرة ންދެއްވާ ދެއްވުމެކެވެ. އަދި ދެނެވޮޑިގެންވުމުގެ ގޮތުން ﷲ ފުދިވޮޑިގެންވެއެވެ. (އެބަހީ ކިޔަމަންތެރިވާ އަޅުންނާއި ނުކިޔަމަންތެރި އަޅުން އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.)

Verse 71

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ خُذُوا۟ حِذْرَكُمْ فَٱنفِرُوا۟ ثُبَاتٍ أَوِ ٱنفِرُوا۟ جَمِيعًا

Transliteration yāayyuhā alladhīna āmanū khudhū ḥidh'rakum fa-infirū thubātin awi infirū jamīʿan

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ކަލޭމެންގެ ރައްކާތެރިކަމުގައި ހިފާށެވެ! (ހަނގުރާމައިގެ ހަތިޔާރު ހިފާށެވެ!) އަދި ދެން جماعة جماعة އަށް ކަލޭމެން ހަނގުރާމައަށް ނުކުންނާށެވެ! ނުވަތަ ކަލޭމެން އެންމެން (رسول އާއި އެކު އެކަލޭގެފާނު އަރިހުގައި) ހަނގުރާމައަށް ނުކުންނާށެވެ! (عَدُوّ ންނާ ދިމާކުރާށެވެ!)

Verse 72

وَإِنَّ مِنكُمْ لَمَن لَّيُبَطِّئَنَّ فَإِنْ أَصَـٰبَتْكُم مُّصِيبَةٌ قَالَ قَدْ أَنْعَمَ ٱللَّهُ عَلَىَّ إِذْ لَمْ أَكُن مَّعَهُمْ شَهِيدًا

Transliteration wa-inna minkum laman layubaṭṭi-anna fa-in aṣābatkum muṣībatun qāla qad anʿama l-lahu ʿalayya idh lam akun maʿahum shahīdan

Dhivehi އަދި ހަމަކަށަވަރުން ކަލޭމެންގެތެރޭގައި ހަނގުރާމައަށް ނުނުކުމެ ނުވަތަ ނުކުތުން ލަސްވެ ބަރުހެލިވެފައިވާ މީހުންވެއެވެ. (އެއީ مؤمن ންނަށް ހެދިގެންއުޅޭ منافق ންނެވެ. އެމީހުން ހަނގުރާމައަށް ނުގޮސް ތިބުމާއެކު ހަނގުރާމައަށް ދިޔަ مؤمن ންނަށް) އެބަހީ ކަލޭމެން مؤمن ންނަށް مُصِيْبَة އެއް ދިމާވެ ދެރަގޮތެއް މެދުވެރިވެއްޖެއްޔާ އެމީހުން ބުނާނެއެވެ. އެ منافق ން ބުނާނެއެވެ. ހަމަކަށަވަރުން އަހުރެން އެމީހުންނާއެކު އެތަނަށް حاضر ނުވުމުން - ހަނގުރާމައިގެ ميدان އަށް ނުދެވުނުކަމުން ﷲ އަހުރެންނަށް نعمة ލައްވައިފިއެވެ. (އެފަދަ ދެރަގޮތް އަހުރެންނަށް ދިމާނުވިއެވެ.)

Verse 73

وَلَئِنْ أَصَـٰبَكُمْ فَضْلٌ مِّنَ ٱللَّهِ لَيَقُولَنَّ كَأَن لَّمْ تَكُنۢ بَيْنَكُمْ وَبَيْنَهُۥ مَوَدَّةٌ يَـٰلَيْتَنِى كُنتُ مَعَهُمْ فَأَفُوزَ فَوْزًا عَظِيمًا

Transliteration wala-in aṣābakum faḍlun mina l-lahi layaqūlanna ka-an lam takun baynakum wabaynahu mawaddatun yālaytanī kuntu maʿahum fa-afūza fawzan ʿaẓīman

Dhivehi އަދި ކަލޭމެންނަށް (އެބަހީ ހަނގުރާމައަށް ދިޔަ مؤمن ންނަށް) ﷲ ގެ حضرة ން فَضْلَ ވަންތަކަމެއް ލިބިއްޖެއްޔާ عَدُوّ ންގެ އަތުން غِنِيْمَة މުދަލެއް ލިބިއްޖެއްޔާ -) ކަލޭމެންނާ އޭނާޔާ ދެމެދު އަމުދުން އެއްވެސް ގުޅުމެއް ލޯބިވެރިކަމެއް ނެތްފަދައެވެ. (އެހިނދު އޭނާ ބުނާނެއެވެ. އަހަރެންވެސް އެމީހުންނާއެކުވީނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟ ފަހެ އޭރުން އަހުރެންނަށް ބޮޑުވެގެން ނަސީބުން ނަސީބު ލިބުނީހެވެ.

Verse 74

۞ فَلْيُقَـٰتِلْ فِى سَبِيلِ ٱللَّهِ ٱلَّذِينَ يَشْرُونَ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْـَٔاخِرَةِ ۚ وَمَن يُقَـٰتِلْ فِى سَبِيلِ ٱللَّهِ فَيُقْتَلْ أَوْ يَغْلِبْ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا

Transliteration falyuqātil fī sabīli l-lahi alladhīna yashrūna l-ḥayata l-dun'yā bil-ākhirati waman yuqātil fī sabīli l-lahi fayuq'tal aw yaghlib fasawfa nu'tīhi ajran ʿaẓīman

Dhivehi ފަހެ آخرة ގެ ދަރުމަޔާ ثواب އަށްއެދިގެން އެމީހާ އެމީހާގެދުނިޔޭގެ ޙަޔާތް ވިއްކައިލާމީހާ އެމީހާ ﷲ ގެމަގުގައި ހަނގުރާމަކުރާހުށިކަމެވެ! (އެބަހީ ދުނިޔޭގެ حياة ގެ ބަދަލުގައި آخرة ގެ ދަރުމަޔާ ثواب އެދޭމީހާ ﷲ ގެމަގުގައި ހަނގުރާމަކުރާށެވެ!) އަދި ﷲ ގެމަގުގައި ހަނގުރާމަކުރާމީހާ އޭނާ ހަނގުރާމައިގައި މަރުވެ شهيد ވެގެންދިޔަޔަސް އަދި ނުވަތަ عَدُوّ ންގެ އަތުން ގަދަވެ ނަސީބުލިބި قتح ލިބުނަސް (މިދެގޮތުންކުރެ ކޮންމެގޮތެއްދިމާވިޔަސް) ނިކަންހުރެ ތިމަންރަސްކަލާނގެ (قيامة ދުވަހުން) އޭނާޔަށް ބޮޑުވެގެންވާ ދަރުމަ ދެއްވާހުށީމެވެ.

Verse 75

وَمَا لَكُمْ لَا تُقَـٰتِلُونَ فِى سَبِيلِ ٱللَّهِ وَٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ ٱلَّذِينَ يَقُولُونَ رَبَّنَآ أَخْرِجْنَا مِنْ هَـٰذِهِ ٱلْقَرْيَةِ ٱلظَّالِمِ أَهْلُهَا وَٱجْعَل لَّنَا مِن لَّدُنكَ وَلِيًّا وَٱجْعَل لَّنَا مِن لَّدُنكَ نَصِيرًا

Transliteration wamā lakum lā tuqātilūna fī sabīli l-lahi wal-mus'taḍʿafīna mina l-rijāli wal-nisāi wal-wil'dāni alladhīna yaqūlūna rabbanā akhrij'nā min hādhihi l-qaryati l-ẓālimi ahluhā wa-ij'ʿal lanā min ladunka waliyyan wa-ij'ʿal lanā min ladunka naṣīran

Dhivehi (އޭ مؤمن ންނޭވެ!) ކަލޭމެން ﷲ ގެމަގުގައި ހަނގުރާމަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ (مكّة ގައި ތިބި) ނިކަމެތި ފިރިހެނުންނާއި އަންހެނުންނާއި އަދި ކުޑަކުދިން މިއެންމެން އެމީހުންގެ ربّ އަށް އެދަންނަވަނީއެވެ. އޭ އަޅަމެންގެ ربّ އެވެ! މިރަށުގެ أهل ވެރިން އަނިޔާވެރިވެގެން މިވާ ރަށުން (مكّة އިން) އަޅަމެން ނެރެދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ حضرة ން އަޅަމެނަށް ސަހަރޯވެރިއަކު ލައްވައިދެއްވާށެވެ! އަދި އިބަރަސްކަލާނގެ حضرة ން އަޅަމެނަށް نصر ވެރިއަކު ލައްވާނދޭވެ! • ދަންނައެވެ. މިއީ އޭރު مكّة ގައިތިބި ނިކަމެތިންގެ دعاء އެވެ. ކާފަރުންގެ އަނިޔާވެރިކަމުން مدينة އަށް هجرة އަށް ނުދެވިތިބި ނިކަމެތިންގެ دعاء އެވެ. މިއަދު އަޅުގަނޑުމެންނަށް މިއިވެނީ ކިތައްމެ ރަށްރަށަކުން މިފަދަ އަސަރުގަދަ އާދޭހުގެ އަޑުތަކެވެ. އެއްރަށެއް ދެރަށެއް ނޫނެވެ. ކިތައްމެ ރަށެކެވެ. فلسطين ގެ އަޑެވެ. عراق ގެ އަޑެވެ. ހަބްޝްކަރަޔާ ސޫދާނުގެ އަޑެވެ. މުޅިދުނިޔޭގެ مؤمن ންގެ އަޑެވެ. އެމިސްކީނުންނަށް އެހީތެރިވުމަށް ميدان އަށް ނުކުންނާނެ ބަޔަކަށެވެ. ﷲ ގެ މަގުގައެވެ. ހަމަ އެ ﷲ އެވެ. އެދީނެވެ. ހަނގުރާމަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ ހަމަ އެދަރުމަޔާ ثواب އެވެ. އެޔަކަށް ބަދަލެއްނެތެވެ. އާޔަތްތައް މިއީ عامّ އާޔަތްތަކެވެ. إسلام دين އާއި مسلم ން ރޮނީއެވެ. އަހުރެމެން ދުންޔަވީ މުނިފޫހިވިލުވުންތަކުގައި غرق ވެފައެވެ. ބޮޑުބެރުޖެހުމާ ވާދެމުމެވެ. ބައިބަލާދިއުމާ އެހަނދާނުގެ ލަވަތަކެވެ. ﷲ حرام ކުރެއްވި ކަންކަމުގައި ހޭބޯނާރާ މަޖާނަގަނީއެވެ. އޭރުތިބި مؤمن ންދިޔަސުވަރުގެއަށް ހަމަ އަހުރެމެން ވަންނާން ކަމުދާނެބާވައެވެ؟ وﷲ المستعان

Verse 76

ٱلَّذِينَ ءَامَنُوا۟ يُقَـٰتِلُونَ فِى سَبِيلِ ٱللَّهِ ۖ وَٱلَّذِينَ كَفَرُوا۟ يُقَـٰتِلُونَ فِى سَبِيلِ ٱلطَّـٰغُوتِ فَقَـٰتِلُوٓا۟ أَوْلِيَآءَ ٱلشَّيْطَـٰنِ ۖ إِنَّ كَيْدَ ٱلشَّيْطَـٰنِ كَانَ ضَعِيفًا

Transliteration alladhīna āmanū yuqātilūna fī sabīli l-lahi wa-alladhīna kafarū yuqātilūna fī sabīli l-ṭāghūti faqātilū awliyāa l-shayṭāni inna kayda l-shayṭāni kāna ḍaʿīfan

Dhivehi އީމާންވީ މީސްތަކުން ﷲ ގެމަގުގައި ހަނގުރާމަ ކުރެއެވެ. އަދި ކާފަރުވީ މީސްތަކުން طَاغُوت ގެ މަގުގައި ހަނގުރާމަ ކުރެއެވެ. (طاغوت ގެމަގަކީ شيطان ގެމަގެވެ. އެމަގުގައި ހަނގުރާމަކުރާނީ އޭނާޔާ تبع ވާ މީހުންނެވެ. އޭނާގެ وِلِىُّ ންނެވެ. އޭނާގެ نصر ވެރިންނެވެ.) އޭ مؤمن ންނޭވެ! شيطان ގެ نصر ވެރިންނާއި އިދިކޮޅަށް ކަލޭމެން ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން شيطانގެ ރޭވުމަކީ ދެރަނިކަމެތި އެއްޗެއްކަމުގައިވިއެވެ.

Verse 77

أَلَمْ تَرَ إِلَى ٱلَّذِينَ قِيلَ لَهُمْ كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ إِذَا فَرِيقٌ مِّنْهُمْ يَخْشَوْنَ ٱلنَّاسَ كَخَشْيَةِ ٱللَّهِ أَوْ أَشَدَّ خَشْيَةً ۚ وَقَالُوا۟ رَبَّنَا لِمَ كَتَبْتَ عَلَيْنَا ٱلْقِتَالَ لَوْلَآ أَخَّرْتَنَآ إِلَىٰٓ أَجَلٍ قَرِيبٍ ۗ قُلْ مَتَـٰعُ ٱلدُّنْيَا قَلِيلٌ وَٱلْـَٔاخِرَةُ خَيْرٌ لِّمَنِ ٱتَّقَىٰ وَلَا تُظْلَمُونَ فَتِيلًا

Transliteration alam tara ilā alladhīna qīla lahum kuffū aydiyakum wa-aqīmū l-ṣalata waātū l-zakata falammā kutiba ʿalayhimu l-qitālu idhā farīqun min'hum yakhshawna l-nāsa kakhashyati l-lahi aw ashadda khashyatan waqālū rabbanā lima katabta ʿalaynā l-qitāla lawlā akhartanā ilā ajalin qarībin qul matāʿu l-dun'yā qalīlun wal-ākhiratu khayrun limani ittaqā walā tuẓ'lamūna fatīlan

Dhivehi (އޭ رسول ﷲ އެވެ!) އެބައިމީހުންނަށް ކަލޭމެން (ހަނގުރާމަ ނުކޮށް) ކަލޭމެންގެ އަތްތައް ހުއްޓައިލާށޭ އަދި ކަލޭމެން ނަމާދު قائم ކުރާށޭ އަދި ކަލޭމެން ޒަކާތްދޭށޭ، މިހެން އެންގުނު މީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ (އެމީހުންގެ ކަންތައް ހުރިގޮތާމެދު ނުވިސްނަވަމުތޯއެވެ؟ މިމީހުންނަކީ مشرك ންނާ ހަނގުރާމަ ކުރުމަށް އެދުނު މީހުންނެވެ. އަދި އޭރު ހަނގުރާމަ فرض ނުކުރައްވައެވެ.) ދެންފަހެ އެމީހުންގެމައްޗަށް ހަނގުރާމަ فرض ކުރެއްވުމުން އޭގެތެރެއިން جماعة އެއްގެބަޔަކު ﷲ އަށް ބިރުވެތިވާ ވަރަށް ނުވަތަ އެއަށްވުރެވެސް މާގަދަ ބިރަކުން މީސްތަކުންދެކެ ބިރުވެތިވެއްޖެއެވެ. އަދި އެމީހުން ދެންނެވިއެވެ. އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވީ ކީއްވެގެންތޯއެވެ؟ ކުޑަ مدّت އަކަށް (ހަނގުރާމަ فرض ނުކުރައްވައި) އަޅަމެންނަށް ލަސްކޮށްލެއްވިނަމައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ދުނިޔޭގެ އަރާމާ ތަކެއްޗަކީ ދާދި މަދު އެތިކޮޅެކެވެ. އަދި تقوى ވެރިވެއްޖެ މީހަކަށް آخرة ގެ نعمة އާއި ދަރުމަ މާހެޔޮވެގެންވެއެވެ. އަދި فَتِيْلَة އެއްގެ މިންވަރުވެސް އެމީހުންނަށް އަނިޔާ ނުވެވޭނެއެވެ. (فَتِيْلَة އަކީ: ކަދުރު ނޮޅައިލީމާ އޮށުގެ ފެޅުނު ފަރާތުގައި އިންނަ ހިމަ ފަށްވަރެކެވެ.)

Verse 78

أَيْنَمَا تَكُونُوا۟ يُدْرِككُّمُ ٱلْمَوْتُ وَلَوْ كُنتُمْ فِى بُرُوجٍ مُّشَيَّدَةٍ ۗ وَإِن تُصِبْهُمْ حَسَنَةٌ يَقُولُوا۟ هَـٰذِهِۦ مِنْ عِندِ ٱللَّهِ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَقُولُوا۟ هَـٰذِهِۦ مِنْ عِندِكَ ۚ قُلْ كُلٌّ مِّنْ عِندِ ٱللَّهِ ۖ فَمَالِ هَـٰٓؤُلَآءِ ٱلْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا

Transliteration aynamā takūnū yud'rikkumu l-mawtu walaw kuntum fī burūjin mushayyadatin wa-in tuṣib'hum ḥasanatun yaqūlū hādhihi min ʿindi l-lahi wa-in tuṣib'hum sayyi-atun yaqūlū hādhihi min ʿindika qul kullun min ʿindi l-lahi famāli hāulāi l-qawmi lā yakādūna yafqahūna ḥadīthan

Dhivehi (އޭ މީސްތަކުންނޭވެ!) ކަލޭމެން ވީކޮންމެތަނަކުން މަރު ކަލޭމެން އަތުލާނެއެވެ. ގަދަފަދަ ކިއްލާއެއްގައި ކަލޭމެންވިޔަސް ކަލޭމެންގެ أَجَلُ ޖެހުމުން މަރުވާނެއެވެ. (ލަހެއް އަވަހެއް ނުވާނެއެވެ.) އަދި އެމީހުންނަށް (فتح އެއްވުންފަދަ غنيمة އެއް حاصل ވުންފަދަ) ރަނގަޅު ހެޔޮކަމެއް ދިމާވެއްޖެއްޔާ އެމީހުން ބުނެއެވެ. މިއީ ﷲ ގެ حضرة ން އައި ހެޔޮކަމެކެވެ. (އެކަލާނގެ މިންވަރުފުޅާ تقدير ންނެވެ.) އަދި އެމީހުންނަށް (ނާކާމިޔާބުވުންފަދަ ތަދުމަޑުކަމެއް ޖެހުންފަދަ ދެރަކަމެއް ދިމާވެއްޖެއްޔާ) އެމީހުން ބުނެއެވެ. މިއީ ކަލޭގެފާނުންގެ ސަބަބުން ދިމާވި ކަމެކެވެ. (އެކަލާނގެ ވަޙީކުރެއްވިއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ހުރިހާކަމަކީވެސް ﷲ ގެ حضرة ން އަންނަ ކަންކަމެވެ. މިމީހުންނަށް ފަހެ މިތިބީ ކިހިނެއްވެފައިހެއްޔެވެ؟ އެއްވެސް ބަހެއްގެ حقيقة އެއް ވިސްނާން އަދި މިމީހުން ގާތްވެސްނުވެއެވެ.

Verse 79

مَّآ أَصَابَكَ مِنْ حَسَنَةٍ فَمِنَ ٱللَّهِ ۖ وَمَآ أَصَابَكَ مِن سَيِّئَةٍ فَمِن نَّفْسِكَ ۚ وَأَرْسَلْنَـٰكَ لِلنَّاسِ رَسُولًا ۚ وَكَفَىٰ بِٱللَّهِ شَهِيدًا

Transliteration mā aṣābaka min ḥasanatin famina l-lahi wamā aṣābaka min sayyi-atin famin nafsika wa-arsalnāka lilnnāsi rasūlan wakafā bil-lahi shahīdan

Dhivehi (އޭ رسول ﷲ އެވެ!) ތިޔާގިކަމާއި ސަލާމަތްކަމާއި نعمة އާއި މިބާވަތުގެ ކަންކަމުގެތެރެއިން) ކަލޭގެފާނަށް ހެޔޮކަމެއް ރަނގަޅުކަމެއް ދިމާވެއްޖެއްޔާ އެކަމެއް އެއީ ﷲ ގެ حضرة ން ވާކަންކަމެވެ. އަދި (ތަދުމަޑުކަންފަދަ އުނދަގުލާއި ނޭދެވޭ ކަންކަމުގެތެރެއިން ކަލޭގެފާނަށް ދިމާވާ ކޮންމެކަމަކީ އެއީ ކަލޭގެފާނުންގެ نفس ގެފަރާތުން ދިމާވާކަމެކެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނު އެންމެހައި މީސްތަކުންގެގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. އަދި ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. (އެބަހީ ކަލޭގެފާނުންގެ رسول ކަން ތެދުކަމަށާއި އަދި ކަލޭގެފާނީ ތެދުވެރިއެއްކަމަށް ﷲ ހެކިވެވޮޑިގަންނަވައެވެ.)

Verse 80

مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ ۖ وَمَن تَوَلَّىٰ فَمَآ أَرْسَلْنَـٰكَ عَلَيْهِمْ حَفِيظًا

Transliteration man yuṭiʿi l-rasūla faqad aṭāʿa l-laha waman tawallā famā arsalnāka ʿalayhim ḥafīẓan

Dhivehi رسول އާ އަށް ކިޔަމަންތެރިވެއްޖެމީހާ ހަމަކަށަވަރުން ﷲ އަށް އެމީހަކު ކިޔަމަންތެރިވެއްޖެއެވެ. އަދި އެނބުރި ފުރަގަސްދީފިމީހަކު ދަންނައެވެ! ފަހެ ކަލޭގެފާނު އެމީހުންކުރާ عمل ތައް ބަލަހައްޓަވާ ހިސާބުކުރައްވާ ބޭކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުފޮނުއްވަމުއެވެ.

Verse 81

وَيَقُولُونَ طَاعَةٌ فَإِذَا بَرَزُوا۟ مِنْ عِندِكَ بَيَّتَ طَآئِفَةٌ مِّنْهُمْ غَيْرَ ٱلَّذِى تَقُولُ ۖ وَٱللَّهُ يَكْتُبُ مَا يُبَيِّتُونَ ۖ فَأَعْرِضْ عَنْهُمْ وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا

Transliteration wayaqūlūna ṭāʿatun fa-idhā barazū min ʿindika bayyata ṭāifatun min'hum ghayra alladhī taqūlu wal-lahu yaktubu mā yubayyitūna fa-aʿriḍ ʿanhum watawakkal ʿalā l-lahi wakafā bil-lahi wakīlan

Dhivehi (ފަހެ ﷲ އަށްވުރެ ބޮޑަށް މީސްތަކުންދެކެ ބިރުގަންނަމީހުންކުރެ ބައެއްމީހުން ހަނގުރާމަ فرض ކުރެއްވީމާ ބުންޏެވެ.) ކަލޭގެފާނަށް ކިޔަމަނެވެ. (ކަލޭގެފާނުންގެ أمر ފުޅަށް އަހުރެމެން ކިޔަމަނެވެ.) ފަހެ އެމީހުން ކަލޭގެފާނުންގެ އަރިހުން ނުކުމެއްޖެއްޔާ، ކަލޭގެފާނު ވިދާޅުވިއެތި ނޫން އެހެން އެއްޗަކަށް އެމީހުން ރޭގަނޑު ބަދަލުކޮށްލައެވެ. އަދި ﷲ تعالى އެމީހުން ރޭގަނޑު އެބަދަލުކުރާ ތަކެތި (އެމީހުންގެ عمل ގެފަތުގައި) ލިއުއްވައެވެ. ފަހެ ކަލޭގެފާނު އެމީހުންގެ ފަރާތުން އެނބުރި ވަޑައިގަންނަވާށެވެ! އަދި ﷲ އަށް وكيل ކުރައްވާށެވެ! އެކަލާނގެއަށް ބަރޯސާކުރައްވާށެވެ! އަދި وكيل އަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ.

Verse 82

أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَـٰفًا كَثِيرًا

Transliteration afalā yatadabbarūna l-qur'āna walaw kāna min ʿindi ghayri l-lahi lawajadū fīhi ikh'tilāfan kathīran

Dhivehi އެމީހުން ފަހެ قرآن އަށް تدبير ކޮށް ވިސްނާ فِكْرُ ކޮށް ނުހަދަނީބާވައެވެ. އެ قرآن އެއީ ﷲ ނޫން ފަރާތަކުން ބާވައިލައްވާފައިވާ ފޮތެއްނަމަ އޭގައި ވަރަށް إختلاف ތައް - ތަފާތުތައް - ވާތީ އެމީހުން ދެކޭނެކަން ކަށަވަރެވެ.

Verse 83

وَإِذَا جَآءَهُمْ أَمْرٌ مِّنَ ٱلْأَمْنِ أَوِ ٱلْخَوْفِ أَذَاعُوا۟ بِهِۦ ۖ وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰٓ أُو۟لِى ٱلْأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنۢبِطُونَهُۥ مِنْهُمْ ۗ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَٱتَّبَعْتُمُ ٱلشَّيْطَـٰنَ إِلَّا قَلِيلًا

Transliteration wa-idhā jāahum amrun mina l-amni awi l-khawfi adhāʿū bihi walaw raddūhu ilā l-rasūli wa-ilā ulī l-amri min'hum laʿalimahu alladhīna yastanbiṭūnahu min'hum walawlā faḍlu l-lahi ʿalaykum waraḥmatuhu la-ittabaʿtumu l-shayṭāna illā qalīlan

Dhivehi އަދި (رسول الّله ﷺ ފޮނުއްވާފައިވާ ހަނގުރާމަ لشكر އެއްގެފަރާތުން) އަމާންކަމުގެ خبر އެއް - فتح އާއި كامياب ގެ خبر އެއް - ނުވަތަ ބިރުވެތި خبر އެއް އެބަހީ ދެރަވުމާއި ناكاميابى ގެ خبر އެއް އެމީހުންނަށް ހަމަ ވާއިރަށް (އެބަހީ އެ منافق މީހުންނަށްއެ خبر ހަމަވާއިރަށް) (އެ خبر އެއްގެ ދޮގުތެދެއްވެސް ނުބަލައި) އެ خبر އަވަހަށް ފަތުރާ شائع ކޮށްލައެވެ. ހާމަކޮށްލައެވެ. އެމީހުން އެ خبر رسول الّله ﷺ އަށް ނުވަތަ ކަންކަމުގެވެރިން ކަމުވޮށިވެގެންވާ ހަރުދަނާ عالم ންނަށް ދިންނަމަ އެ خبر ގެތެރެއިން عامّ ންނަށް އަންގާ ހާމަކުރާނެ މިންވަރެއް އެބޭބޭކަލުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އަދި ކަލޭމެން مؤمن ންގެ މައްޗަށް ﷲ ގެ فضل ވަންތަކަމާއި އެކަލާނގެ رحمة ނުވާނަމަ ކަލޭމެން شيطان އާ އާއި تبع ވީސްކަން ކަށަވަރެވެ. އަދި މަދުބަޔަކުމެނުވީ އެ خبر ފަތުރާ ހާމަކޮށްފީހެވެ.

Verse 84

فَقَـٰتِلْ فِى سَبِيلِ ٱللَّهِ لَا تُكَلَّفُ إِلَّا نَفْسَكَ ۚ وَحَرِّضِ ٱلْمُؤْمِنِينَ ۖ عَسَى ٱللَّهُ أَن يَكُفَّ بَأْسَ ٱلَّذِينَ كَفَرُوا۟ ۚ وَٱللَّهُ أَشَدُّ بَأْسًا وَأَشَدُّ تَنكِيلًا

Transliteration faqātil fī sabīli l-lahi lā tukallafu illā nafsaka waḥarriḍi l-mu'minīna ʿasā l-lahu an yakuffa basa alladhīna kafarū wal-lahu ashaddu basan wa-ashaddu tankīlan

Dhivehi (އޭ رسول ﷲ އެވެ!) ﷲ ގެމަގުގައި ކަލޭގެފާނު ހަނގުރާމަކުރައްވާށެވެ! އަދި ކަލޭގެފާނުންގެ نفس ފުޅު މެނުވީ ކަލޭގެފާނަށް تَكْلِيفُ ޖެހިވަޑައިގެން ނުވެއެވެ. (ކަލޭގެފާނުންގެމައްޗަށް އޮތީ އަމުރުފުޅަށް ކިޔަމަންވެވަޑައިގެންނެވުމެވެ.) އަދި ކަލޭގެފާނު مؤمن ންނަށް (ހަނގުރާމަކުރުމަށް) ހިތްވަރުދެއްވާ ގަދައަޅުއްވާށެވެ! (އެމީހުންނަށް ކުރައްވާ أمر ގެ مسؤليّة އޮންނާނީ އެމީހުންގެމައްޗަށެވެ.) ކާފަރުންގެ ހަނގުރާމައާއި އުނދަގޫ ﷲ ހުއްޓުވުން أمّيد ކުރެވެއެވެ. ހުއްޓުވާނެއެވެ. އަދި ﷲ އީ ހަނގުރާމަ ގަދަފަދަކަންބޮޑު އަދި عقوبة ދެއްވުމާ عذاب ދެއްވުން ގަދަފަދަވެގެންވާ ކަލާނގެއެވެ.

Verse 85

مَّن يَشْفَعْ شَفَـٰعَةً حَسَنَةً يَكُن لَّهُۥ نَصِيبٌ مِّنْهَا ۖ وَمَن يَشْفَعْ شَفَـٰعَةً سَيِّئَةً يَكُن لَّهُۥ كِفْلٌ مِّنْهَا ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ مُّقِيتًا

Transliteration man yashfaʿ shafāʿatan ḥasanatan yakun lahu naṣībun min'hā waman yashfaʿ shafāʿatan sayyi-atan yakun lahu kif'lun min'hā wakāna l-lahu ʿalā kulli shayin muqītan

Dhivehi ރަނގަޅު شفاعة އަކުން شفاعة ތެރިވާމީހާއަށް (ހެޔޮކަންތައްކުރުމަށާއި ކިޔަމަންތެރިވުމަށް އަމުރުކުރާ މީހާއަށް) އެކަމުގެ ثواب އާއި ދަރުމައިގެ ބައެއްވެއެވެ. އަދި ނުބައި شفاعة އަކުން شفاعة ތެރިވާ މީހާއަށް (ނުބައިކަންތައް ކުރުމަށާއި ނުކިޔަމަންތެރިވުމަށް ގޮވާމީހާއަށް) އެއިން މިންވަރެއްވެއެވެ. އެފާފައިގެ މިންވަރެއްވެއެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލާނގެކަމުގައި ﷲ ވޮޑިގެންވެއެވެ. (ޢަމަލުތަކުގެ ހިސާބުކުރައްވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.)

Verse 86

وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا۟ بِأَحْسَنَ مِنْهَآ أَوْ رُدُّوهَآ ۗ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍ حَسِيبًا

Transliteration wa-idhā ḥuyyītum bitaḥiyyatin faḥayyū bi-aḥsana min'hā aw ruddūhā inna l-laha kāna ʿalā kulli shayin ḥasīban

Dhivehi ކަނޑައެޅިގެން މީހަކު ކަލޭމެންނާ سلام ކޮށްފިއްޔާ ފަހެ ކަލޭމެން އެއަށްވުރެ ރަނގަޅަށް سلام ކުރާށެވެ! ނުވަތަ، އެ سلام ކަލޭމެން ރައްދުކުރާށެވެ! (سلام ރަނގަޅަށް ކުރުމަކީ سلام ކުރިމީހާ السّلام عليكم ކިޔައިފިއްޔާ އަޑުއެހިމީހާ وعليكم السّلام ورحمة ﷲ މިފަދައިން ކިއުމެވެ. އެ سلام ރައްދުކުރުމަކީ سلام ކުރިމީހާކީ ހިސާބަށް އަޑުއެހިމީހާވެސް ކިއުމެވެ. ހަމަކަށަވަރުން ﷲ އީ ހުރިހާ އެއްޗެއްވެސް ހިސާބުކުރައްވާ ކަލާނގެކަމުގައިވެވޮޑިގެންވެއެވެ.

Verse 87

ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ ٱللَّهِ حَدِيثًا

Transliteration al-lahu lā ilāha illā huwa layajmaʿannakum ilā yawmi l-qiyāmati lā rayba fīhi waman aṣdaqu mina l-lahi ḥadīthan

Dhivehi ﷲ އެއީ އެކަލާނގެ ނޫން އެހެންއެއްވެސް (حقّ) إله އަކުނުވާ ކަލާނގެއެވެ. ހަމަކަށަވަރުން قيامة ދުވަހުން ކަލޭމެން އެންމެން އެކަލާނގެ ޖަމާކުރައްވާހުއްޓެވެ. އެދުވަހާއިމެދު އެއްވެސް ޝައްކެއްނެތެވެ. އެއީ އަންނާނެ ދުވަހެކެވެ. އަދި ބަސް وحي ކުރެއްވުމާއި خبر ދެއްވުމުގެގޮތުން ﷲ އަށްވުރެން ތެދުވެރިކަން ބޮޑީ ކާކުހެއްޔެވެ؟ އެއަށްވުރެން ތެދުވެރިކަންބޮޑު އެކަކުވެސް ނުވެއެވެ.

Verse 88

۞ فَمَا لَكُمْ فِى ٱلْمُنَـٰفِقِينَ فِئَتَيْنِ وَٱللَّهُ أَرْكَسَهُم بِمَا كَسَبُوٓا۟ ۚ أَتُرِيدُونَ أَن تَهْدُوا۟ مَنْ أَضَلَّ ٱللَّهُ ۖ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلًا

Transliteration famā lakum fī l-munāfiqīna fi-atayni wal-lahu arkasahum bimā kasabū aturīdūna an tahdū man aḍalla l-lahu waman yuḍ'lili l-lahu falan tajida lahu sabīlan

Dhivehi (އޭ مؤمن ންނޭވެ!) منافق ންނާމެދު ކަލޭމެން ދެބަޔަކަށް ބެހި ދެ خيال އެއްވާންވީ ކޮން مقصد އެއްގައި ހެއްޔެވެ؟ އަދި ﷲ تعالى އެމީހުންކުރި ފާފައިގެ ސަބަބުން އެމީހުން އެކޮޅު މިކޮޅުން ޖައްސަވައިފިއެވެ. (ކާފަރުންގެ حكم ގެތެރެއަށް ލައްވައިފިއެވެ.) ﷲ މަގުފުރައްދަވައިފި ބަޔަކަށް ތެދުމަގު ދެއްކެވުމަށް ކަލޭމެން އެދެނީހެއްޔެވެ؟ އަދި ﷲ މަގުފުރައްދައިފި މީހަކު ތެދުމަގަށް واصل ވާނެ އެއްވެސްގޮތެއް އެއްވެސްމަގެއް ވާތީ ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ. • ދަންނައެވެ. މިއާޔަތުގައި ސިފަވެގެން މިދާބަޔަކީ مكّة ގެ ބަޔަކުކަމުގައި ވިއެވެ. އެމީހުން نبي ﷺ ގެ އަރިހަށް އައިސް މީހުންނަށް ދައްކަން إسلام ކަން ފައުޅުކޮށް ދެން އެނބުރި އެމީހުންގެ ރަށަށް ގޮސް ބުދުކައިރިއަށްގޮސް އަޅުކަންކުރާކަމުގައިވިއެވެ. އެމީހުން އެގޮތުން ދެފަރާތުގެ އަމާންކަން ހޯދާކަމުގައިވިއެވެ. އެމީހުން އެގޮތް ހުއްޓާލާ ނުވަތަ صُلحَ ވެ ނުހެދިނަމަ އެމީހުންނާ ހަނގުރާމަކުރުމަށް އަމުރު އައިސްފައިވެއެވެ. ދެންފަހެ أصحاب ބޭކަލުންކުރެ އެއްބަޔަކު އެއީ منافق ންކަމުގައި ދެކެއެވެ. އަނެއްބަޔަކު އެއީ مؤمن ންކަމުގައި ދެކެއެވެ. 88 ވަނަ އާޔަތުގައި مؤمن ން منافق ންނާމެދު ދެ خيال އެއްވާކަމުގައި އެވަނީ އެހެންވެއެވެ. = زبْدَةُ التّفْسِير =

Verse 89

وَدُّوا۟ لَوْ تَكْفُرُونَ كَمَا كَفَرُوا۟ فَتَكُونُونَ سَوَآءً ۖ فَلَا تَتَّخِذُوا۟ مِنْهُمْ أَوْلِيَآءَ حَتَّىٰ يُهَاجِرُوا۟ فِى سَبِيلِ ٱللَّهِ ۚ فَإِن تَوَلَّوْا۟ فَخُذُوهُمْ وَٱقْتُلُوهُمْ حَيْثُ وَجَدتُّمُوهُمْ ۖ وَلَا تَتَّخِذُوا۟ مِنْهُمْ وَلِيًّا وَلَا نَصِيرًا

Transliteration waddū law takfurūna kamā kafarū fatakūnūna sawāan falā tattakhidhū min'hum awliyāa ḥattā yuhājirū fī sabīli l-lahi fa-in tawallaw fakhudhūhum wa-uq'tulūhum ḥaythu wajadttumūhum walā tattakhidhū min'hum waliyyan walā naṣīran

Dhivehi އަދި އެމީހުން އެދެނީ ކަލޭމެން (مؤمن ންވެސް) އެމީހުންނެކޭ އެއްގޮތަށް ކާފަރުވުމަށެވެ. އެމީހުން ކާފަރުވީފަދައިން ކާފަރުވުމަށެވެ. ދެން އޭރުން އެމީހުންނެކޭ ކަލޭމެންނެކޭ (ދީނުގެގޮތުން) އެއްގޮތްވެ ހަމަހަމަ ވުމަށެވެ. (ރީތިކޮށް އޮމާން ތެޔޮހަނަކަށްވުމަށެވެ.) ފަހެ އެމީހުން ﷲ ގެމަގުގައި هجرة ކޮށްފުމަށްދާންދެން އެމީހުންގެތެރެއިން އެކަކުވެސް ސަހަރޯވެރިއަކުކަމުގައި ولِىُّ އަކުކަމުގައި ކަލޭމެން ނުހަދާށެވެ! ދެން އަދި އެމީހުން (އީމާންވެގެން هجرة އަށް ދިއުމުން) މަނާވެ ފުރަގަސްދީފިއްޔާ ކަލޭމެނަށް ފެނުނުތާކުން އެމީހުން ހިފައިގަނެ އަތުލައިގަނެ މަރާށެވެ! އަދި އެމީހުންގެތެރެއިން އެއްވެސް نصر ވެރިއަކުއަދި ސަހަރޯވެރިއަކު ކަލޭމެން ހިފާ إختيار ނުކުރާށެވެ!

Verse 90

إِلَّا ٱلَّذِينَ يَصِلُونَ إِلَىٰ قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌ أَوْ جَآءُوكُمْ حَصِرَتْ صُدُورُهُمْ أَن يُقَـٰتِلُوكُمْ أَوْ يُقَـٰتِلُوا۟ قَوْمَهُمْ ۚ وَلَوْ شَآءَ ٱللَّهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَـٰتَلُوكُمْ ۚ فَإِنِ ٱعْتَزَلُوكُمْ فَلَمْ يُقَـٰتِلُوكُمْ وَأَلْقَوْا۟ إِلَيْكُمُ ٱلسَّلَمَ فَمَا جَعَلَ ٱللَّهُ لَكُمْ عَلَيْهِمْ سَبِيلًا

Transliteration illā alladhīna yaṣilūna ilā qawmin baynakum wabaynahum mīthāqun aw jāūkum ḥaṣirat ṣudūruhum an yuqātilūkum aw yuqātilū qawmahum walaw shāa l-lahu lasallaṭahum ʿalaykum falaqātalūkum fa-ini iʿ'tazalūkum falam yuqātilūkum wa-alqaw ilaykumu l-salama famā jaʿala l-lahu lakum ʿalayhim sabīlan

Dhivehi މީގެތެރެއިން ކަލޭމެން مؤمن ންނާއި އެބަޔަކާދެމެދު عَهْدُ އެއްވެ އެގްރީމެންޓެއް ވެފައިވާ ބަޔަކުގެ ތެރެއަށް ގޮސް އެމީހުންގެ މީހަކަށް ވީމީހަކުމެނުވީއެވެ. (އެފަދަމީހާއަށް އެމީހުންނަށް އޮތް حكم އެއް އޮންނާނެއެވެ.) ނުވަތަ އަދި ކަލޭމެން مؤمن ންނާ ހަނގުރާމަކުރުމަށް ހިތްދަތިވެގެންވާ حال ނުވަތަ އެމީހުންގެ قوم ގެ މީހުންނާ ހަނގުރާކުރުމަށް ހިތްދަތިވެގެންވާ حال ކަލޭމެން ކައިރިއަށް އައިބަޔަކު މެނުވީއެވެ. (އެމީހުންނަށް އަމާންކަން އޮންނާނެއެވެ.) އަދި ﷲ އިރާދަކުރެއްވިނަމަ އެމީހުން ކަލޭމެން (مؤمن ން) ގެމައްޗަށް ފާކުރައްވާ ގަދަކުރައްވައިފީހެވެ. ދެން އޭރުން އެމީހުން ކަލޭމެންނާ ހަނގުރާމަކޮށްފީހެވެ. ދެންފަހެ އެމީހުން އެތިބިގޮތުން ދުރުވެ އަދި ކަލޭމެނާއި ހަނގުރާމަނުކޮށް صلح ވުމަށް ހުށަހަޅައިފިއްޔާ (ދެން ކަލޭމެން صلح ވާށެވެ!) ދެން އަދި ކަލޭމެން އެމީހުންގެމައްޗަށް އަރައިގަންނާނޭ މަގެއް ކަލޭމެނަކަށް ނުލައްވައެވެ. ނަމަވެސް މިހުރިހާ حكم ތަކެއް توبة ސޫރަތުގެ فَإِذَا انسَلَخَ الأَشْهُرُ الْحُرُمُ فَاقْتُلُواْ الْمُشْرِكِينَ........ މިއާޔަތްތަކުން مَنْسُوخ ވެގެން ހިނގައްޖެއެވެ. = تفسير الطّبرى =

Verse 91

سَتَجِدُونَ ءَاخَرِينَ يُرِيدُونَ أَن يَأْمَنُوكُمْ وَيَأْمَنُوا۟ قَوْمَهُمْ كُلَّ مَا رُدُّوٓا۟ إِلَى ٱلْفِتْنَةِ أُرْكِسُوا۟ فِيهَا ۚ فَإِن لَّمْ يَعْتَزِلُوكُمْ وَيُلْقُوٓا۟ إِلَيْكُمُ ٱلسَّلَمَ وَيَكُفُّوٓا۟ أَيْدِيَهُمْ فَخُذُوهُمْ وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ ۚ وَأُو۟لَـٰٓئِكُمْ جَعَلْنَا لَكُمْ عَلَيْهِمْ سُلْطَـٰنًا مُّبِينًا

Transliteration satajidūna ākharīna yurīdūna an yamanūkum wayamanū qawmahum kulla mā ruddū ilā l-fit'nati ur'kisū fīhā fa-in lam yaʿtazilūkum wayul'qū ilaykumu l-salama wayakuffū aydiyahum fakhudhūhum wa-uq'tulūhum ḥaythu thaqif'tumūhum wa-ulāikum jaʿalnā lakum ʿalayhim sul'ṭānan mubīnan

Dhivehi އަދި ކަލޭގެފާނު (منافق ންގެ) އެހެންބަޔަކު ދެކެވަޑައިގަންނަވާނެއެވެ. އެމީހުން އެދެނީ ކަލޭމެން مؤمن ންގެ ގާތުގައި އަމާންވުމަށެވެ. ކަލޭމެންގެ ކިބައިން އަމާންކަން ހޯދުމަށެވެ. (އެމީހުން إسلام ކަން ފާޅުކޮށްގެން އުޅެއެވެ.) އަދި އެމީހުން އެދެނީ އެމީހުންގެ قوم ގެމީހުންގެގާތުގައިވެސް އަމާންކަން ލިބިގަތުމަށެވެ. (އެމީހުން ކައިރިޔަށްގޮސް އެމީހުންކުރާގޮތަށް ބުދަށް އަޅުކަން ކުރެއެވެ.) އެމީހުންނަށް شِرْك ކުރުމަށް ދިމާވާ ކޮންމެހިނދެއްގައި އެމީހުން އޭގެތެރެއަށް ވަދެގަނެއެވެ. ދެންފަހެ އެމީހުން ކަލޭމެންނާ ހަނގުރާމަކުރުން ހުއްޓައި ނުލިއްޔާ އަދި އެމީހުން ކަލޭމެންނާ صلح ވެ އެމީހުންގެ އަތްތައް ކަލޭމެންނަށް ގޯނާކުރުމުން ހުއްޓައި ނުލިއްޔާ ދެން ކަލޭމެންނަށް އެމީހުން ފެނުނުތާކުން ހިފައި މަރާށެވެ! އަދި އެމީހުންނަކީ އެމީހުންގެމައްޗަށް ކަލޭމެނަށް بيان ވެގެންވާ ބާރެއް - دليل އެއް - ތިމަންރަސްކަލާނގެ ލެއްވި ބައެކެވެ. (އެބަހީ އެމީހުންނާ ހަނގުރާމަކުރުން ހުއްދަ ކުރެއްވި ބައެކެވެ.)

Verse 92

وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَـًٔا ۚ وَمَن قَتَلَ مُؤْمِنًا خَطَـًٔا فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰٓ أَهْلِهِۦٓ إِلَّآ أَن يَصَّدَّقُوا۟ ۚ فَإِن كَانَ مِن قَوْمٍ عَدُوٍّ لَّكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ وَإِن كَانَ مِن قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌ فَدِيَةٌ مُّسَلَّمَةٌ إِلَىٰٓ أَهْلِهِۦ وَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِّنَ ٱللَّهِ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا

Transliteration wamā kāna limu'minin an yaqtula mu'minan illā khaṭa-an waman qatala mu'minan khaṭa-an fataḥrīru raqabatin mu'minatin wadiyatun musallamatun ilā ahlihi illā an yaṣṣaddaqū fa-in kāna min qawmin ʿaduwwin lakum wahuwa mu'minun fataḥrīru raqabatin mu'minatin wa-in kāna min qawmin baynakum wabaynahum mīthāqun fadiyatun musallamatun ilā ahlihi wataḥrīru raqabatin mu'minatin faman lam yajid faṣiyāmu shahrayni mutatābiʿayni tawbatan mina l-lahi wakāna l-lahu ʿalīman ḥakīman

Dhivehi އަދި އެއްވެސް مؤمن އަކު ކުށުން (އޮޅިގެން މެނުވީ) އެހެން مؤمن އަކު މެރުމަކީ އޮތްކަމެއްނޫނެވެ. ހުއްދަ ވެގެންވާ ކަމެއްނޫނެވެ. އަދި އޮޅުމަކުން (قصد އަކާއިނުލައި) މީހަކު މެރިމީހާ (ދަންނައެވެ!) ފަހެ އެމީހާ مؤمن އަޅަކު މިނިވަންކުރާށެވެ! އަދި އޭނާގެ أهل ވެރިންނަށް - އެބަހީ مَيّت އާގެ أهل ވެރިންނަށް قواعد ން دِيَة އަދާކުރާށެވެ! (دِيَة އަކީ މުދަލުގެތެރެއިން ކަނޑައެޅިގެންވާ މިންވަރެކެވެ.) އެއީ ميّت އާގެ ވާރުތަވެރިން معاف ނުކުރިއްޔާއެވެ. (އެކަމުގެ تفصيل حكم حديث ފޮތްތަކާ فقه ފޮތްތަކުން ބައްލަވާށެވެ!)\nދެންފަހެ މަރުވިމީހާއީ ކަލޭމެން مؤمن ންގެ عداوة ތެރިބަޔަކުގެތެރެއިންވާ މީހެއްކަމުގައި ވަންޏާ (އެބަހީ ކާފަރުބައެއްގެތެރޭގައިވާ مؤمن އެއްނަމަ) ފަހެ އެމީހާ މެރިމީހާ مؤمن އަޅަކު މިނިވަންކުރާށެވެ! (دِيَة ދިނުމެއްނެތެވެ.) އަދި މަރުވިމީހާއީ ކަލޭމެން (مؤمن ން) ނާއެބަޔަކާ ދެމެދު عَهْدُ ކަށަވަރެއް (އެގްރީމެންޓެއް) ވާބަޔަކު މީހުންގެތެރެއިންވާ މީހަކު ކަމުގައިވަންޏާ ފަހެ އޭނާގެ (އެބަހީ ميّت އާގެ) أهل ވެރިންނަށް އަދާކުރެވޭ دِيَة އެއްދިނުން ހުއްޓެވެ. އަދި مؤمن ކަނދުރާއެއް (مؤمن އަޅަކު) މިނިވަންކުރުން ހުއްޓެވެ. ދެންފަހެ މިތިންގޮތުންވެސް އަޅަކު މިނިވަންކުރަން ކުޅަދާނަ ނުވިނަމީހާ ދެން ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފާށެވެ! އެއީ ﷲ ގެ حضرة އަށް އޭނާވާ توبة އެއްގެ ގޮތުންނެވެ. އަދި ދެނެވޮޑިގެންވާ حكمة ވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

Verse 93

وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَآؤُهُۥ جَهَنَّمُ خَـٰلِدًا فِيهَا وَغَضِبَ ٱللَّهُ عَلَيْهِ وَلَعَنَهُۥ وَأَعَدَّ لَهُۥ عَذَابًا عَظِيمًا

Transliteration waman yaqtul mu'minan mutaʿammidan fajazāuhu jahannamu khālidan fīhā waghaḍiba l-lahu ʿalayhi walaʿanahu wa-aʿadda lahu ʿadhāban ʿaẓīman

Dhivehi އަދި ހަމަ قصد ގައި مؤمن އަކު މަރައިފިމީހާ (ދަންނައެވެ!) ފަހެ އޭނާގެ جزاء އަކީ - އޭނާގެ عقوبة އަކީ އޭނާ އެތާ ދެމިހުންނަނިވިގޮތުގައި ނަރަކައެވެ. އަދި އޭނާގެމައްޗަށްވާ ﷲ ގެ ކޯފާއެވެ. އަދި އެކަލާނގެ އޭނާއަށް لعنة ލެއްވިއެވެ. އަދި ބޮޑުވެގެންވާ عذاب އެއް އެކަލާނގެ އޭނާއަށް ތައްޔާރުކުރެއްވިއެވެ.\n• ދަންނައެވެ! އިސްވެދިޔަ އާޔަތްތަކުގެ އިތުރު تفصيل ތަކާއި بيان ތައް ފޮތްތަކުގައި بيان ވެގެންވެއެވެ. މިފޮތް އަދި އެކަމަށް ތަނަވަސްވެގެން ނުވެއެވެ. މިފޮތުގައި މިވަނީ ބާވައިލެއްވި ބަސްފުޅުގެ ترجمة އެކަންޏެވެ.

Verse 94

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا ضَرَبْتُمْ فِى سَبِيلِ ٱللَّهِ فَتَبَيَّنُوا۟ وَلَا تَقُولُوا۟ لِمَنْ أَلْقَىٰٓ إِلَيْكُمُ ٱلسَّلَـٰمَ لَسْتَ مُؤْمِنًا تَبْتَغُونَ عَرَضَ ٱلْحَيَوٰةِ ٱلدُّنْيَا فَعِندَ ٱللَّهِ مَغَانِمُ كَثِيرَةٌ ۚ كَذَٰلِكَ كُنتُم مِّن قَبْلُ فَمَنَّ ٱللَّهُ عَلَيْكُمْ فَتَبَيَّنُوٓا۟ ۚ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا

Transliteration yāayyuhā alladhīna āmanū idhā ḍarabtum fī sabīli l-lahi fatabayyanū walā taqūlū liman alqā ilaykumu l-salāma lasta mu'minan tabtaghūna ʿaraḍa l-ḥayati l-dun'yā faʿinda l-lahi maghānimu kathīratun kadhālika kuntum min qablu famanna l-lahu ʿalaykum fatabayyanū inna l-laha kāna bimā taʿmalūna khabīran

Dhivehi އޭ إيمان ވެއްޖެ މީސްތަކުންނޭވެ! - ކަލޭމެން ﷲ ގެމަގުގައި جهاد ކޮށް ހަނގުރާމަކުރުމަށް ބިންމަތީގައި ހިނގާފައިދަންޏާ (ދިމާވާ މީހުން އެއީ ލެޔާ މުދާ حلال ކާފަރުންތޯ ނުވަތަ ލެޔާ މުދާ حَرَام ވެގެންވާ مؤمن ންތޯ ބަލައި) ރަނގަޅަށް ސާފުކޮށް تحقيق ކުރާށެވެ. އަދި ކަލޭމެންނަށް إسلام ކަން ފާޅުކޮށް ކިޔަމަންތެރިވެއްޖެ މީހާ (އޭނާގެ މުދަލާއި غنيمة ގެ ދަހިވެތިކަމުގައި) އޭނާޔާ ދިމާއަށް ކަލޭ ތިޔައީ مؤمن އެއްނޫނޭ ކަލޭމެން ނުބުނާށެވެ! އަދި އޭނާ ނުމަރާށެވެ! އެފަދަ ކަންތައް ކަލޭމެން އެކުރަނީ ދުނިޔޭގެ حياة ގެ ބޭނުންތައް އެދިގެންނެވެ. ފަހެ ﷲ ގެ حضرة ގައިވާ ހެވާއި غنيمة ތައް މާގިނައެވެ. އަދި މީގެ ކުރިން - އެބަހީ ކަލޭމެންވެސް إسلام ވުމުގެކުރިން ހަމައެފަދައިންވީމުއެވެ. (ކަލޭމެންގެ ލެޔާ މުދާވެސް ސަލާމަތްވީ އެ كلمة ކިއުމުގެ ސަބަބުންނެވެ.) ދެންފަހެ ﷲ تعالى ކަލޭމެންގެމައްޗަށް ދަރުމަވަންތަވެވޮޑިގެން توبة ލެއްވީމެވެ. ފަހެ އެހެންވެ ކަލޭމެންވެސް ރަނގަޅަށް ބަލާ تحقيق ކުރާށެވެ! ހަމަކަށަވަރުން ﷲ تعالى ކަލޭމެން ކުރާހާ ކަންކަމުގެ خبر ދެނެވޮޑިގެންވާ ކަލަކުކަމުގައި ވޮޑިގެންވެއެވެ. • ދަންނައެވެ. އިސްވެދިޔަ އާޔަތް ބާވައިލެއްވި ސަބަބަކާމެދު ގިނަ ރިވާޔަތްތައް އައިސްފައިވެއެވެ. ހުރިހާ ރިވާޔަތެއްގެ خُلاَصة އަކީ ގާތްގަނޑަކަށް އެކެއްޗެކެވެ. تفسير طبري ގައި ރިވާވެގެންވެއެވެ. مسلم ންގެ މީހަކު مشرك ންގެމީހެއްގެ މައްޗަށް އަރައިގަތެވެ. ދެން مشرك މީހާ ބުންޏެވެ. - އަހުރެންނަކީ مسلم އެކެވެ. أَشْهَدُ أَنْ لاَ إِلَهَ إِ لاَّ ﷲ ކިޔައި އޭނާ إسلام ކަން ފާޅުކޮށްފިއެވެ. - (ނަމަވެސް مسلم މީހާއަށް ހީވީ އޭނާ ކަނޑިދަށުން ސަލާމަތްވާންވެގެން ދެއްކި ބަހަނާއެއް ކަމަށެވެ.) އެހެންވެ އޭނާ މަރައިލައިފިއެވެ. އެކަމުގެ خبر رسول ﷲ ﷺ އަށް ލިބިވަޑައިގަތުމުން އޭނާ މަރައިލިމީހާއާއި ދިމާއަށް حديث ކުރެއްވިއެވެ. އޭނާ لاَ إِلَهَ إِ لاَّ ﷲ ކިއުމަށްފަހުވެސް ކަލޭ އޭނާ މެރީހެއްޔެވެ؟ އެމީހާ عُذْرُ ވެރިވަމުން ދެންނެވިއެވެ. އޭ نبي ﷲ އެވެ. އޭނާ އެހެންބުނީ ސަލާމަތްވާންވެގެންނެވެ. نبي ﷲ ﷺ حديث ކުރެއްވިއެވެ. "فَهَلاَّ شَقَقْتَ عَنْ قَلْبِهِ" (يعني: ކަލޭ އޭނާގެ ހިތް ފަޅައިގެން ބެލިނަމައެވެ. ނުބެލީ ކީއްވެގެންހެއްޔެވެ؟) މިއެވެ. އަދި މީގެ އިތުރު ރިވާޔަތްތައްވެސްވެއެވެ. - والله أعلم بالصّواب

Verse 95

لَّا يَسْتَوِى ٱلْقَـٰعِدُونَ مِنَ ٱلْمُؤْمِنِينَ غَيْرُ أُو۟لِى ٱلضَّرَرِ وَٱلْمُجَـٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۚ فَضَّلَ ٱللَّهُ ٱلْمُجَـٰهِدِينَ بِأَمْوَٰلِهِمْ وَأَنفُسِهِمْ عَلَى ٱلْقَـٰعِدِينَ دَرَجَةً ۚ وَكُلًّا وَعَدَ ٱللَّهُ ٱلْحُسْنَىٰ ۚ وَفَضَّلَ ٱللَّهُ ٱلْمُجَـٰهِدِينَ عَلَى ٱلْقَـٰعِدِينَ أَجْرًا عَظِيمًا

Transliteration lā yastawī l-qāʿidūna mina l-mu'minīna ghayru ulī l-ḍarari wal-mujāhidūna fī sabīli l-lahi bi-amwālihim wa-anfusihim faḍḍala l-lahu l-mujāhidīna bi-amwālihim wa-anfusihim ʿalā l-qāʿidīna darajatan wakullan waʿada l-lahu l-ḥus'nā wafaḍḍala l-lahu l-mujāhidīna ʿalā l-qāʿidīna ajran ʿaẓīman

Dhivehi (ލޯއަނދިރިވުންފަދަ ގައިބާރު ދެރަވުންފަދަ ދެންވެސް) އެކި عُذْر ދިމާވެގެންމެނުވީ އެއްވެސް ސަބަބެއްނެތި ﷲ ގެމަގުގައި جهاد ކުރުމަށް ނުގޮސް ތިމާމެންގެ ގޯތިގެދޮރުތަކުގައިތިބި مؤمن ންނާއި ތިމާމެންގެ މުދަލާއި ޖާނުން ﷲ ގެމަގުގައި جهاد ކުރާމީހު ންނާއި މިދެބައިމީހުން އެއްވަރުވެ ހަމަހަމަވެގެން ނުވެއެވެ. ފަހެ ތިމާމެންގެ މުދަލާއި ޖާނުން جهاد ކުރާ مجاهد ން ގޭގައި ނުގޮސްތިބިމީހުންގެމައްޗަށް ﷲ تعالى خاصّ ދަރަޖައެއް މާތްކުރެއްވިއެވެ. އަދި ކޮންމެ ބަޔަކަށްވެސް ﷲ وعد ކުރައްވާފައިވަނީހެވެވެ. ސުވަރުގެއެވެ. އަދި ގޯތިގެދޮރުގައި (جهاد ކުރުމަށް ނުގޮސް) ތިބިމީހުންގެމައްޗަށް ﷲ تعالى مجاهد ންނަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވުމުން މާތްކުރައްވާ މަތިވެރިކުރެއްވިއެވެ.

Verse 96

دَرَجَـٰتٍ مِّنْهُ وَمَغْفِرَةً وَرَحْمَةً ۚ وَكَانَ ٱللَّهُ غَفُورًا رَّحِيمًا

Transliteration darajātin min'hu wamaghfiratan waraḥmatan wakāna l-lahu ghafūran raḥīman

Dhivehi އެއީ އެކަލާނގެ حضرة ންވާ އެތައް ދަރަޖަ ތަކެކެވެ. (އިސްލާމްވުމުން ދަރަޖައެކެވެ. إسلام ކަމުގައި هجرة ކުރުމުން ދަރަޖައެކެވެ. އަދިވެސް އަދިވެސް.....) އަދި ފާފަފުއްސެވުމާއި رحمة އެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައި ﷲ تعالى ވޮޑިގެންވެއެވެ.

Verse 97

إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلْمَلَـٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ قَالُوا۟ فِيمَ كُنتُمْ ۖ قَالُوا۟ كُنَّا مُسْتَضْعَفِينَ فِى ٱلْأَرْضِ ۚ قَالُوٓا۟ أَلَمْ تَكُنْ أَرْضُ ٱللَّهِ وَٰسِعَةً فَتُهَاجِرُوا۟ فِيهَا ۚ فَأُو۟لَـٰٓئِكَ مَأْوَىٰهُمْ جَهَنَّمُ ۖ وَسَآءَتْ مَصِيرًا

Transliteration inna alladhīna tawaffāhumu l-malāikatu ẓālimī anfusihim qālū fīma kuntum qālū kunnā mus'taḍʿafīna fī l-arḍi qālū alam takun arḍu l-lahi wāsiʿatan fatuhājirū fīhā fa-ulāika mawāhum jahannamu wasāat maṣīran

Dhivehi ހަމަކަށަވަރުން އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވެގެންވާ حال (مشرك ންކަމުގައިވާ حال) މަލާއިކަތްބޭކަލުން އެމީހުންގެ ފުރާނަތައް ހިއްޕަވާ މީހުންނަށް މަލާއިކަތްބޭކަލުން ވިދާޅުވާނެއެވެ. ދީނުގެގޮތުން ކަލޭމެންވީ ކޮންފަދައަކުން ކިހިނަކުންހެއްޔެވެ؟ އެމީހުން ދަންނަވާނެއެވެ. އަހުރެމެންވީ ބިމުގައި ބަލިކަށި ދެރަ ضَعِيْفُ ބަޔަކުކަމުގައެވެ. (مُشْرك ން ގަދަފަދަކަމުން شرك ދޫކޮށް އިސްލާމްދީން ފާޅުކޮށް އިސްލާމްވެގެން އުޅެވޭވަރު ނުވީއެވެ.) އެބޭކަލުން ވިދާޅުވާނެއެވެ. އަޅެފަހެ ކަލޭމެން هجرةކުރުމަށްޓަކައި ﷲގެ ބިންގަނޑު ތަނަވަސްވެގެން ނުވޭހެއްޔެވެ؟ (ތަނަވަސްވެގެންވާނެއެވެ. هجرة ނުކުރީ ކީއްވެގެންހެއްޔެވެ؟) ފަހެ އެފަދަމީހުން (ދަންނައެވެ!) އެމީހުންގެ قيامة ދުވަހުގެ މަރުކަޒަކީ ނަރަކައެވެ. އެއީ ގޮސްތިބުން ނުބައިވެގެންވާ ތަނެކެވެ.

Verse 98

إِلَّا ٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا

Transliteration illā l-mus'taḍʿafīna mina l-rijāli wal-nisāi wal-wil'dāni lā yastaṭīʿūna ḥīlatan walā yahtadūna sabīlan

Dhivehi ފިރިހެނުންކުރެ ދެރަނިކަމެތިންނާއި އަންހެނުންނާއި އަދި ކުޑަކުދިންމެނުވީއެވެ. އެމީހުންނަކީ އެމީހުންނަށް އެމީހުން مدينة އަށްދާނެ އެއްވެސް حيلة އެއް އަދި ދާނެ މަގެއްވެސް ނުވާމީހުންނެވެ. މަގު ނޭނގޭމީހުންނެވެ.

Verse 99

فَأُو۟لَـٰٓئِكَ عَسَى ٱللَّهُ أَن يَعْفُوَ عَنْهُمْ ۚ وَكَانَ ٱللَّهُ عَفُوًّا غَفُورًا

Transliteration fa-ulāika ʿasā l-lahu an yaʿfuwa ʿanhum wakāna l-lahu ʿafuwwan ghafūran

Dhivehi ފަހެ އެމީހުންނަށް ﷲ އެމީހުންގެ ފާފަތައް ފުއްސެވުން أمّيد ކުރެވެއެވެ. ގިނަގިނައިން عفو ކުރައްވާ ފާފަ ފުއްސެވުން ބޮޑުވެގެންވާކަލަކުކަމުގައި. ﷲ ވޮޑިގެންވެއެވެ.

Verse 100

۞ وَمَن يُهَاجِرْ فِى سَبِيلِ ٱللَّهِ يَجِدْ فِى ٱلْأَرْضِ مُرَٰغَمًا كَثِيرًا وَسَعَةً ۚ وَمَن يَخْرُجْ مِنۢ بَيْتِهِۦ مُهَاجِرًا إِلَى ٱللَّهِ وَرَسُولِهِۦ ثُمَّ يُدْرِكْهُ ٱلْمَوْتُ فَقَدْ وَقَعَ أَجْرُهُۥ عَلَى ٱللَّهِ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا

Transliteration waman yuhājir fī sabīli l-lahi yajid fī l-arḍi murāghaman kathīran wasaʿatan waman yakhruj min baytihi muhājiran ilā l-lahi warasūlihi thumma yud'rik'hu l-mawtu faqad waqaʿa ajruhu ʿalā l-lahi wakāna l-lahu ghafūran raḥīman

Dhivehi އަދި ﷲ ގެމަގުގައި هجرة ކުރާމީހާއަށް އޭނާ هجرة ކުރާނެ ގިނަ ތަންތަން شريعة ގެ މަގުތަކާއި دين ގެ މަގުތައް އޭނާ ދެކޭނެއެވެ. އަދި ރިޒުގު ތަނަވަސްކަންވެސް އޭނާ ދެކޭނެއެވެ. އަދި އެމީހަކު ﷲ ގެ މަގުގައި هجرة ކުރުމަށް އޭނާގެ ގެއިން ނުކުތްމީހާ (އޭނާ ދާންވީ ތަނަށް ނުދެވެނީސް) އޭނާއަށް މަރު އަތުވެއްޖެނަމަ އެބަހީ މަގުމަތީގައި އޭނާ މަރުވެއްޖެއްޔާ ހަމަކަށަވަރުން ﷲ ގެ حضرة ގައި އޭނާއަށް هجرة ކުރުމުގެ ދަރުމަޔާ ثواب ރަނގަޅަށް ކަނޑައެޅިއްޖެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައި ވޮޑިގެންވެއެވެ.

Verse 101

وَإِذَا ضَرَبْتُمْ فِى ٱلْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا۟ مِنَ ٱلصَّلَوٰةِ إِنْ خِفْتُمْ أَن يَفْتِنَكُمُ ٱلَّذِينَ كَفَرُوٓا۟ ۚ إِنَّ ٱلْكَـٰفِرِينَ كَانُوا۟ لَكُمْ عَدُوًّا مُّبِينًا

Transliteration wa-idhā ḍarabtum fī l-arḍi falaysa ʿalaykum junāḥun an taqṣurū mina l-ṣalati in khif'tum an yaftinakumu alladhīna kafarū inna l-kāfirīna kānū lakum ʿaduwwan mubīnan

Dhivehi އަދި (އޭ މީސްތަކުންނޭވެ!) ކަލޭމެން ބިމުގައި ދަތުރުފަތުރުކުރަންޏާ ކަލޭމެންގެ عدوُّ ންގެ ފަރާތުން ކާފަރުންގެ ފަރާތުން ކަލޭމެން فِتْنَة ވެރިކޮށްފާނޭކަމަށް ކަލޭމެން ބިރުވެތިވަންޏާ ކަލޭމެން ނަމާދު قصر ކުރުމަކުން (ކުރު ކުރުމަކުން) ކަލޭމެންނަކަށް ކުށެއްނެތެވެ. (އެއީ ހުއްދަ ކަމެކެވެ.) ހަމަކަށަވަރުން ކާފަރުން އެއީ ކަލޭމެން (مؤمن ން) ނަށް بيان ވެގެންވާ عداوة ތެރިންކަމުގައިވެއެވެ. • ދަންނައެވެ! މިއާޔަތުގައިމިވާ ކާފަރުން فِتْنَة ވެރިކޮށްފާނޭކަމުގެ ބިރުވެތިވަންޏާއޭ އޮތް شَرْطُ މިހާރު ނެތެވެ. އެމީހުންގެ ފަރާތުން فِتْنَة ވެރިކަމުގެ ބިރެއްނެތަސް ދަތުރުމަތީ ނަމާދު قصر ކުރުން ހުއްދައެވެ. އެކަން حديث ން ރަނގަޅަށް ސާބިތެވެ. والله أعلم.

Verse 102

وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ ٱلصَّلَوٰةَ فَلْتَقُمْ طَآئِفَةٌ مِّنْهُم مَّعَكَ وَلْيَأْخُذُوٓا۟ أَسْلِحَتَهُمْ فَإِذَا سَجَدُوا۟ فَلْيَكُونُوا۟ مِن وَرَآئِكُمْ وَلْتَأْتِ طَآئِفَةٌ أُخْرَىٰ لَمْ يُصَلُّوا۟ فَلْيُصَلُّوا۟ مَعَكَ وَلْيَأْخُذُوا۟ حِذْرَهُمْ وَأَسْلِحَتَهُمْ ۗ وَدَّ ٱلَّذِينَ كَفَرُوا۟ لَوْ تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُم مَّيْلَةً وَٰحِدَةً ۚ وَلَا جُنَاحَ عَلَيْكُمْ إِن كَانَ بِكُمْ أَذًى مِّن مَّطَرٍ أَوْ كُنتُم مَّرْضَىٰٓ أَن تَضَعُوٓا۟ أَسْلِحَتَكُمْ ۖ وَخُذُوا۟ حِذْرَكُمْ ۗ إِنَّ ٱللَّهَ أَعَدَّ لِلْكَـٰفِرِينَ عَذَابًا مُّهِينًا

Transliteration wa-idhā kunta fīhim fa-aqamta lahumu l-ṣalata faltaqum ṭāifatun min'hum maʿaka walyakhudhū asliḥatahum fa-idhā sajadū falyakūnū min warāikum waltati ṭāifatun ukh'rā lam yuṣallū falyuṣallū maʿaka walyakhudhū ḥidh'rahum wa-asliḥatahum wadda alladhīna kafarū law taghfulūna ʿan asliḥatikum wa-amtiʿatikum fayamīlūna ʿalaykum maylatan wāḥidatan walā junāḥa ʿalaykum in kāna bikum adhan min maṭarin aw kuntum marḍā an taḍaʿū asliḥatakum wakhudhū ḥidh'rakum inna l-laha aʿadda lil'kāfirīna ʿadhāban muhīnan

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންގެތެރޭގައި ވެފައި (ހަނގުރާމައިގެ ވަގުތު) އެމީހުންނާއިއެކު ނަމާދު قائم ކުރައްވަންޏާ އެމީހުންގެތެރެއިން އެއް جماعة އެއް ކަލޭގެފާނާއިއެކު ނަމާދަށް ތެދުވާހުށިކަމެވެ! (މިއީ خَوْفُ ނަމާދުކުރައްވާ އެއްގޮތެވެ.) އަދި (އަނެއްބައިމީހުން) އެމީހުން ހަތިޔާރު ހިފައިގެން ތިބޭހުށިކަމެވެ! ދެންފަހެ ނަމާދަށް ތިބި ޖަމާއަތުގެ މީހުން سجدة ކޮށްފިއްޔާ (ދެ سجدة ކޮށް ނިމުނީމާ ދެން އެމީހުން ކަލޭގެފާނުންގެ ފަހަތްޕުޅަށްގޮސް (ބާކީ އޮތް އަނެއް ركعة ކުރާހުށިކަމެވެ!) ދެން ކަލޭގެފާނު އަރިހު ركعة ނުކޮށްތިބި މީހުން އަންނަހުށިކަމެވެ! އަދި އެމީހުން ކަލޭގެފާނާއިއެކު ނަމާދުކުރާހުށިކަމެވެ! (އެއީ ކަލޭގެފާނުންގެ ފަހު ركعة އެވެ.) އަދި އެބައިމީހުން ހުޝިޔާރުވެ ހަތިޔާރު ހިފައިގެން ތިބޭހުށިކަމެވެ! (އެއީ ފާރައަށް ތިބި جماعة އެވެ.) އަދި ކާފަރުންގެމީހުން ލޯބިކުރަނީ - އެމީހުން އެދެނީ - ކަލޭމެން ކަލޭމެންގެ ހަތިޔާރުންނާއި އަދި ކަލޭމެންގެ ސާމާނުން ކަލޭމެން غافل ވުމަށެވެ. (ކަލޭމެންގެ ހުޝިޔާރުކަން ކެނޑޭ ވަގުތަކަށެވެ.) ދެން އޭރުން އެކީއެކައްޗަކަށް އެއްފަހަރާ ކަލޭމެންގެމައްޗަށް އެމީހުން އަރައިގަތުމަށެވެ. (ކަލޭމެންގެ ކަންތައް ނިންމައިލުމަށެވެ.) އަދި ކަލޭމެންނަށް ވާރޭގެ ސަބަބުން އުނދަގުލެއްވަންޏާ ނުވަތަ ކަލޭމެން ބަލިމީހުންކަމުގައިވަންޏާ ކަލޭމެންގެ ހަތިޔާރުތައް ބެހެއްޓުމަކުން ކަލޭމެނަކަށް ކުށެއްނެތެވެ. އަދި އެކަމަކު (އެ حال ގައިވެސް) ބިރުވެތިވެ ހުޝިޔާރުވެގެންތިބޭހުށިކަމެވެ! ހަމަކަށަވަރުން ﷲ تعالى ކާފަރުންނަށް އިހާނާތްތެރިވެގެންވާ عذاب އެއް ތައްޔާރު ކުރެއްވިއެވެ.

Verse 103

فَإِذَا قَضَيْتُمُ ٱلصَّلَوٰةَ فَٱذْكُرُوا۟ ٱللَّهَ قِيَـٰمًا وَقُعُودًا وَعَلَىٰ جُنُوبِكُمْ ۚ فَإِذَا ٱطْمَأْنَنتُمْ فَأَقِيمُوا۟ ٱلصَّلَوٰةَ ۚ إِنَّ ٱلصَّلَوٰةَ كَانَتْ عَلَى ٱلْمُؤْمِنِينَ كِتَـٰبًا مَّوْقُوتًا

Transliteration fa-idhā qaḍaytumu l-ṣalata fa-udh'kurū l-laha qiyāman waquʿūdan waʿalā junūbikum fa-idhā iṭ'manantum fa-aqīmū l-ṣalata inna l-ṣalata kānat ʿalā l-mu'minīna kitāban mawqūtan

Dhivehi ދެންފަހެ ކަލޭމެން ނަމާދުކޮށް ނިމިއްޖެއްޔާ ކަލޭމެން ކޮޅަށްތިބެގެންނާއި ކަލޭމެން އިށީނދެތިބެގެންނާއި އަދި ކަލޭމެން އަރިކަށިމައްޗަށް އޮށޯވެތިބެގެންވެސް (ހުރިހާ حال އެއްގައިވެސް) ކަލޭމެން ﷲ އަށް ذكر ކުރާށެވެ! އެކަލާނގެ ހަނދާންކޮށް ހަދާށެވެ! ދެންފަހެ (އެއްވެސް ބިރުވެތިކަމެއްނެތި ދަތުރު ނިމިއްޖެއްޔާ) قواعد ން ކަލޭމެން ނަމާދު قائم ކުރާށެވެ! ހަމަކަށަވަރުން ނަމާދަކީ مؤمن ންގެމައްޗަށް ވަގުތު ކަނޑައެޅިގެންވާ فرض އެއްކަމުގައިވިއެވެ.

Verse 104

وَلَا تَهِنُوا۟ فِى ٱبْتِغَآءِ ٱلْقَوْمِ ۖ إِن تَكُونُوا۟ تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمُونَ ۖ وَتَرْجُونَ مِنَ ٱللَّهِ مَا لَا يَرْجُونَ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا

Transliteration walā tahinū fī ib'tighāi l-qawmi in takūnū talamūna fa-innahum yalamūna kamā talamūna watarjūna mina l-lahi mā lā yarjūna wakāna l-lahu ʿalīman ḥakīman

Dhivehi (އޭ مؤمن ންނޭވެ!) ކާފަރުންގެމީހުން ހޯދައި އެމީހުންނާ ހަނގުރާމަކުރުމުގައި ކަލޭމެން ބަލިކަށިވެ ދެރަނުވާށެވެ! ކަލޭމެންނަށް ލިބިފައިވާ زَخَم އާއި ފާރުގެ ސަބަބުން ކަލޭމެންނަށް ވޭންލިބޭއިރު އެމީހުންނަށްވެސް އެމީހުންގެ زَخَم ތަކުން ހަމަ ކަލޭމެނަށް ވޭންލިބޭފަދައިން ވޭންލިބެއެވެ. އަދި ކަލޭމެން ﷲ ގެ حضرة ން އެމީހުން ނޭދޭކަންމަކަށް އެދެމެވެ. (އެއީ ދަރުމަޔާ ސަވާބު އަދި ސުވަރުގެ ލިބުމަށެވެ. އެއީ ކަލޭމެނަށްވާ ބޮޑު ފައިދާއެވެ.) އަދި ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލަކުކަމުގައި ވޮޑިގެންވެއެވެ.

Verse 105

إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ لِتَحْكُمَ بَيْنَ ٱلنَّاسِ بِمَآ أَرَىٰكَ ٱللَّهُ ۚ وَلَا تَكُن لِّلْخَآئِنِينَ خَصِيمًا

Transliteration innā anzalnā ilayka l-kitāba bil-ḥaqi litaḥkuma bayna l-nāsi bimā arāka l-lahu walā takun lil'khāinīna khaṣīman

Dhivehi 105 ވަނަ އާޔަތުން ފެށިގެން 112 ވަނަ އާޔަތުގެނިޔަލަށް މިސޫރަތުގައި މިވަނީ رَسو ﷲ ﷺ ގެ ޒަމާނުގައި ބަޔަކުމީހުން ކުރި ވައްކަމެއްގެ ވާހަކަޔާ އެޔާބެހޭގޮތުން އައި خبر ތަކުގެ ވާހަކައެވެ. تفسير ފޮތްތަކުގައި ގިނަ ރިވާޔަތުން އެވާހަކަ އައިސްފައިވެއެވެ. خلاصة އަކީ އެކައްޗެކެވެ. أبوجعفر الطّبرى އެކަލޭގެފާނުންގެ تفسير: جَامِعُ البَيَان ގައި بَيَان ކުރައްވާފައިވާ އެއްރިވާޔަތާއި ބައެއް ވާހަކަ ކުރުކޮށް ދަންނަވައިލާނަމެވެ. عَاصِمُ بْنُ عُمَربْنُ قَتَادَة އޭނާގެ ބައްޕަ އޭނާގެ ކާފަ قَتَادَة بن النعمان ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކާފަ ވިދާޅުވިއެވެ. بَنُوْ أُبَيْرِق ގެ عَائِلَة ގައި بِشْرُ އަކާއި بُشَيْر އަކާއި އަދި مُبَشِّر އެއްވެއެވެ. މިތަނުން މި بِشْرُ އަކީ منافق އެކެވެ. އަދި ބައެއް ރިވާޔަތުގައި އެއީ طُعْمَة بْنُ أُبَيْرِق އެވެ. ދެންފަހެ މި طُعْمَة بْنُ أُبَيْرِق މީހެއްގެ ގެއިން ވައްކަންކޮށް ގޮދަންފުށާއި ހަނގުރާމައިގެ ބައެއް ތަކެތި ނަގައިހެދިއެވެ. ދެން އެކަމާއިބެހޭގޮތުން މީނާއާއި ސުވާލު ވެވުނީމާ އޭނާ ބުނީ يهودي އެއްގެ ވާހަކައެވެ. އެއީ ކަމާނުވެސް ބެހޭ މީހެކެވެ. زَيْدُ بنُ السَّمِيْنُ ކިޔާ މީހެކެވެ. އަދި މި أُبَيْرِق ގެ ފަރާތުން أَسِيْرُ بنُ عُرْوَة އައިސް رَسول ﷲ ﷺ ގެ އަރިހުގައި أُبَيْرِق ވައްކަންކުރި ވާހަކަ رَسول އާއަށް ދެންނެވި قَتَادَة بن النعمان ގެ ޝަކްވާކޮށްފިއެވެ. އޭނާ ދެންނެވިއެވެ. އޭ رَسول ﷲ ﷺ އެވެ. قَتَادَة بن النعمان އާއި އޭނާގެ ބޮޑުބޭބެ އަހުރެމެންގެ ހަމަ ރަނގަޅު عائلة އަކަށް ވައްކަމުގެ تُهْمَة ކޮށްފިއެވެ. އެމީހުންނަކީ إسلام ކަމާއި صلح ވެރިކަމުގެ ބައެކެވެ. އެއްވެސް دليل އެއް ثابت ކަމެއްނެތި ވައްކަމުގެ ތުހުމަތު އެޅުވިއެވެ. މިމޭރުމުން އޭނާ ވާހަކަދައްކާ أُبَيْرِق ގެފަރާތުން ވަރަށް دِفَاعُ ކޮށްފިއެވެ. ދެންފަހެ قَتَادَة ވަޑައިގަތުމުން رَسو ﷲ ﷺ އެކަލޭގެފާނަށް حديث ކުރެއްވިއެވެ. إسلام ކަމާއި صالح ކަންހުރި عائلة އެއްގެމައްޗަށް އެއްވެސް دليل އެއްނެތި ކަލޭގެފާނު ވައްކަމުގެ ތުހުމަތު ކުރީއެވެ. މިގޮތުން އެ أُبَيْرِق ގެފަރާތުން دفاع ކުރައްވާ ވާހަކަފުޅުދެއްކެވުނުކަމުގައިވިއެވެ. ދެންފަހެ قَتَادَة ވިދާޅުވިއެވެ. އަހުރެން رَسول ﷲ ﷺ އަށް އެއްވެސް އެއްޗެއް ނުދަންނަވައި ބޮޑުބޭބެގާތަށް އައުމުން ބޮޑުބޭބެ ބުނުއްވިއެވެ. خبر ކިހިނެއްހެއްޔެވެ؟ رَسو ﷲ ﷺ حديث ކުރެއްވި ބަސްފުޅު އަހުރެން ކިޔައިދިނީމެވެ. ބޮޑުބޭބެ ބުނުއްވިއެވެ. ވާގިއެދެވެނީ ﷲ ގެ حضرة ންނެވެ. ދެން މާލަހެއްނުވެ އިސްވެދިޔަ އާޔަތްތައް ﷲ ބާވައިލައްވާ حقيقة ސާފުވެގެން ހިނގައްޖެއެވެ. ވައްކަންކުރީ أُبَيْرق ކަމާއި އަދި އޭނާގެ ފަރާތުން رسول އާގެ އަރިހުގައި دفاع ކުރިމީހުން އެދެއްކީ ނުބައި ވާހަކައެއްކަމާއި އަދި قَتَادة ގެފާނު އެދެއްކެވި ވާހަކަފުޅަކީ ހަމަ ތެދެއްކަމާއި އަދި ކަމާއި ނުބެހޭ يهودي އެއްގެ ބޮލުގައި އެކަން އެޅުވުމަކީ حيران ވާފަދަ ދޮގެއްކަމާއި އަދި رَسو ﷲ ﷺ أُبَيْرِق ގެ عائلة އާއިމެދު އެވިދާޅުވެވުނީ ރަނގަޅަށް ނޫންކަމާއި މިހުރިހާކަމެއް އެއާޔަތްތަކުގައި بيان ވެގެން ދިޔައީއެވެ. - އަދި މިއާޔަތްތަކުގެ ފަހަތަށް މިވާ 113 ވަނަ އާޔަތުގައި އެވަނީ ﷲ އެކަލާނގެ ލޯބިވެވޮޑިގެންވާ މާތް رسول އާއަށް ހުރި އޯގާވަންތަކަމާއި رحمة އާއި އަދި މާތްކަމުގެ ވާހަކަޔާ އޯގާވެރިކަމުގެ ބަސްފުޅުތަކެވެ. نصيحة އާއި وعظ އާއި عبرة ން ފުރިގެންވާ رحمة ގެ ބަސްފުޅުތަކެވެ.\n (އޭ رَسول ﷲ އެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް މިފޮތް ބާވައިލައްވަނީ ﷲ ކަލޭގެފާނަށް އެންގެވިފަދައަކުން ކަލޭގެފާނު މީސްތަކުންގެމެދުގައި حكم ކުރެއްވުމަށެވެ. (ކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ.) އަދި خيانة ތެރިންގެ ފަރާތުން دفاع ކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!

Verse 106

وَٱسْتَغْفِرِ ٱللَّهَ ۖ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا

Transliteration wa-is'taghfiri l-laha inna l-laha kāna ghafūran raḥīman

Dhivehi އަދި ﷲ ގެ حضرة ގައި ފާފަ ފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ. (އެއީ أبَيْرِق ގެފަރާތުން دفاع ކުރެއްވުމަށް ވިދާޅުވެވުނު ބަސްފުޅުންކަމުގައި مفسّر ން ވިދާޅުވިއެވެ.) ހަމަކަށަވަރުން ﷲ تعالى ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑު ކަލަކުކަމުގައެވެ.

Verse 107

وَلَا تُجَـٰدِلْ عَنِ ٱلَّذِينَ يَخْتَانُونَ أَنفُسَهُمْ ۚ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا

Transliteration walā tujādil ʿani alladhīna yakhtānūna anfusahum inna l-laha lā yuḥibbu man kāna khawwānan athīman

Dhivehi އަދި އެމީހުން އެމީހުންގެ نفس ތަކަށް خيانة ތެރިވާމީހުންގެ ފަރާތުން (އެބަހީ بَنُوْ أبَيْرِق ގެމީހުން ދިފާއުކުރެއްވުމަށް جدل ނުކުރައްވާށެވެ!) ހަމަކަށަވަރުން خيانة ތެރިވުން ބޮޑު އަދި ފާފަކުރުން ގިނަ އެއްވެސް މީހަކަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.

Verse 108

يَسْتَخْفُونَ مِنَ ٱلنَّاسِ وَلَا يَسْتَخْفُونَ مِنَ ٱللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ ٱلْقَوْلِ ۚ وَكَانَ ٱللَّهُ بِمَا يَعْمَلُونَ مُحِيطًا

Transliteration yastakhfūna mina l-nāsi walā yastakhfūna mina l-lahi wahuwa maʿahum idh yubayyitūna mā lā yarḍā mina l-qawli wakāna l-lahu bimā yaʿmalūna muḥīṭan

Dhivehi އަދި އެމީހުން - އެބަހީ އެ خيانة ތެރިވީމީހުން އެމީހުން އެކުރި ކަންތައް މީސްތަކުންނަށް ނިވައިކޮށް ފޮރުވަނީއެވެ. ވަންހަނާކުރަނީއެވެ. އަދި އެމީހުން ﷲ އަށް އެކަން ވަންހަނާ ނުކުރެއެވެ. (ނުވެސް ކުރެވޭނެއެވެ.) ރޭގަނޑުގެ ވަގުތުގައި އެކަލާނގެ ރުހިވޮޑިނުގަންނަވާ رَأيُ ތައް ބަދަލުކޮށް تَدْبِير ކުރަމުން ދިޔައިރު އެކަލާނގެ ވަނީ އެމީހުނާއެކުގައެވެ. (ދެނެވޮޑިގަތުމާއި قدرة ތެރިކަމުގެގޮތުންނެވެ.) އަދި ﷲ تعالى ވޮޑިގެންވަނީ އެމީހުން ކުރާ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައެވެ.

Verse 109

هَـٰٓأَنتُمْ هَـٰٓؤُلَآءِ جَـٰدَلْتُمْ عَنْهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا فَمَن يُجَـٰدِلُ ٱللَّهَ عَنْهُمْ يَوْمَ ٱلْقِيَـٰمَةِ أَم مَّن يَكُونُ عَلَيْهِمْ وَكِيلًا

Transliteration hāantum hāulāi jādaltum ʿanhum fī l-ḥayati l-dun'yā faman yujādilu l-laha ʿanhum yawma l-qiyāmati am man yakūnu ʿalayhim wakīlan

Dhivehi އޭ މިތިބަ މީހުންނޭވެ! (އޭ أُبَيْرِق އާއި އޭނާގެ عائلة ގެފަރާތުން دفاع ކޮށް جدل ކުރި އެންމެންނޭވެ!) ކަލޭމެން އެމީހުންގެ ފަރާތުން ދުނިޔޭގެ حياة ގައި دفاع ކޮށްފީމުއެވެ. ފަހެ އެކަމަކު قيامة ދުވަހުން އެމީހުންގެ ފަރާތުން ﷲ އަށް جدل ކޮށް دفاع ކުރާނީ ކާކުހެއްޔެވެ؟ ނުވަތަ އެމީހުންގެ وكيل އަކަށްވާނީ ކާކުހެއްޔެވެ؟

Verse 110

وَمَن يَعْمَلْ سُوٓءًا أَوْ يَظْلِمْ نَفْسَهُۥ ثُمَّ يَسْتَغْفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُورًا رَّحِيمًا

Transliteration waman yaʿmal sūan aw yaẓlim nafsahu thumma yastaghfiri l-laha yajidi l-laha ghafūran raḥīman

Dhivehi އަދި ނުބައިކަމެއްކޮށްފިމީހާ ނުވަތަ އޭނާ އޭނާގެ نفس އަށް އަނިޔާވެރިވާމީހާ ދެން އޭނާ ﷲ ގެ حضرة ގައި ފާފަފުއްސެވުމަށް އެދިދަންނަވާ أسْتَغْفَار ކޮށްފިއްޔާ ﷲ އާއިމެދު އޭނާ ދެކޭނީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުކަލަކުކަމުގައެވެ. (މިއީ ވައްކަންކުރި أُبَيْرق އާއިމެދު އޮތްބަސްފުޅެއް ކަމުގައިވެއެވެ. އޭނާ ތައުބާވުމަށެވެ.)

Verse 111

وَمَن يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُۥ عَلَىٰ نَفْسِهِۦ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا

Transliteration waman yaksib ith'man fa-innamā yaksibuhu ʿalā nafsihi wakāna l-lahu ʿalīman ḥakīman

Dhivehi އަދި ފާފައެއްކޮށްފިމީހާ އޭނާ އެކުރި ފާފައޮންނާނީ އޭނާގެ އަމިއްލަ نفس ގެމައްޗަށެވެ. (އެހެންވީއިރު ފާފަވެރި ކުށްވެރިއެއްގެ ފަރާތުން އެހެންމީހުން دفاع ކުރުމުގެ އެއްވެސް މާނައެއްނެތެވެ.) އަދި ﷲ تعالى އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލަކުކަމުގައިވެއެވެ.

Verse 112

وَمَن يَكْسِبْ خَطِيٓـَٔةً أَوْ إِثْمًا ثُمَّ يَرْمِ بِهِۦ بَرِيٓـًٔا فَقَدِ ٱحْتَمَلَ بُهْتَـٰنًا وَإِثْمًا مُّبِينًا

Transliteration waman yaksib khaṭīatan aw ith'man thumma yarmi bihi barīan faqadi iḥ'tamala buh'tānan wa-ith'man mubīnan

Dhivehi އަދި އޮޅުމަކުން (ގަސްދެއްނެތި) ކުށެއްކޮށްފި މީހާ ނުވަތަ ގަސްތުގައި ފާފައެއްކޮށްފިމީހާ ދެން އެކުށުން ބަރީއަވެގެންވާ މީހެއްގެ ގައިގާ އެކުށް އެޅުވުމަކީ حيران ވާފަދަ ދޮގެއްހަދައި އަދި ބޮޑުފާފައެއް އުފުލައިގަތުމެކެވެ. (މިއީ يهودي މީހާގެ دفاع ގައިވާ ބަސްފުޅެއްކަމުގައިވެއެވެ. އޭނާއަށް ތުހުމަތުކުރި މީހުންނަށްވާ އިންޒާރެކެވެ.)

Verse 113

وَلَوْلَا فَضْلُ ٱللَّهِ عَلَيْكَ وَرَحْمَتُهُۥ لَهَمَّت طَّآئِفَةٌ مِّنْهُمْ أَن يُضِلُّوكَ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ ۖ وَمَا يَضُرُّونَكَ مِن شَىْءٍ ۚ وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَـٰبَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ ٱللَّهِ عَلَيْكَ عَظِيمًا

Transliteration walawlā faḍlu l-lahi ʿalayka waraḥmatuhu lahammat ṭāifatun min'hum an yuḍillūka wamā yuḍillūna illā anfusahum wamā yaḍurrūnaka min shayin wa-anzala l-lahu ʿalayka l-kitāba wal-ḥik'mata waʿallamaka mā lam takun taʿlamu wakāna faḍlu l-lahi ʿalayka ʿaẓīman

Dhivehi (އޭ رسول ﷲ އެވެ!) ﷲ ގެ فضل ވަންތަކަމާއި އެކަލާނގެ رَحْمَة ފުޅުކަލޭގެފާނުންގެމައްޗަށް ނުވާނަމަ އެމީހުންގެތެރެއިން ބައެއްމީހުން ކަލޭގެފާނު މަގުފުރައްދާލާ ވާ ވައްދާލުމަށް ކަށަވަރުންވެސް قصد ކުރީހެވެ. އަދި އެކަމަކު އެމީހުން އެމީހުންގެ نفس މެނުވީ މަގުނުފުރައްދައެވެ. އަދި އެއްވެސްގޮތަކުން އެމީހުންނަށް ކަލޭގެފާނަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުކުރެވޭނެއެވެ. ﷲ تعالى ކަލޭގެފާނަށް ފޮތާއި (އެބަހީ ކީރިތި قرآن އާއި حكمة ބާވައިލެއްވިއެވެ. އެއީ قرآن ކަމުގައި ނުވާ އެހެނިހެން އެންގެވުންތަކެވެ. އެއިން މުރާދުކުރެވެނީ މާތްވެގެންވާ سنّة އެވެ. والله أعلم) އަދި ކަލޭގެފާނަށް އެތަކެތި އެނގިގެންވާކަމުގައިނުވާ އެތައް އެއްޗެއް އަދި އެތައްކަމެއް އެކަލާނގެކަލޭގެފާނަށް އުގަންނަވައިދެއްވިއެވެ. އަދި ﷲ ގެ فضل ވަންތަކަމާއި އެކަލާނގެ އޯގާވަންތަކަން ކަލޭގެފާނުންގެ މައްޗަށް ނުހަނުބޮޑުވެގެންވެއެވެ.

Verse 114

۞ لَّا خَيْرَ فِى كَثِيرٍ مِّن نَّجْوَىٰهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَـٰحٍۭ بَيْنَ ٱلنَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ٱبْتِغَآءَ مَرْضَاتِ ٱللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا

Transliteration lā khayra fī kathīrin min najwāhum illā man amara biṣadaqatin aw maʿrūfin aw iṣ'lāḥin bayna l-nāsi waman yafʿal dhālika ib'tighāa marḍāti l-lahi fasawfa nu'tīhi ajran ʿaẓīman

Dhivehi އެމީހުން އެއްވެ އެދައްކާ ގިނަ ސިއްރު ވާހަކަތަކުގައި ސިއްރު، ޖަލްސާތަކުގައި ހެވެއްނެތެވެ. ހަމައެކަނި صدقة އެއްކުރުމަށް އަމުރުކުރި މީހެއްމެނުވީއެވެ. ނުވަތަ ކޮންމެވެސް ހެޔޮކަމެއް ކުރުމަށް އަމުރުކުރި މީހެއް މެނުވީއެވެ. ނުވަތަ މީސްތަކުންގެމެދުގައި إصلاح އެއްކުރުމަށް أمر ކުރި މީހަކު މެނުވީއެވެ. އަދި އެކަންތައްތައް ނުވަތަ އެއިން ކަމެއް ﷲ ގެ وجه ފުޅު އެދިގެން އެކަލާނގެ ރުހިވޮޑިގަތުމަށް އެދިގެންކޮށްފިމީހާ (ދަންނައެވެ.) ފަހެ ނިކަން ހުރެ އެމީހަކަށް ތިމަންރަސްކަލާނގެ ބޮޑުވެގެންވާ ދަރުމަ ދެއްވާހުށީމެވެ.

Verse 115

وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا

Transliteration waman yushāqiqi l-rasūla min baʿdi mā tabayyana lahu l-hudā wayattabiʿ ghayra sabīli l-mu'minīna nuwallihi mā tawallā wanuṣ'lihi jahannama wasāat maṣīran

Dhivehi އަދި އެމީހަކަށް ތެދުމަގު ރަނގަޅަށް بيان ވެ އެނގުމަށްފަހު رسول އާ އާއި خلاف ވެ ދެކޮޅުހަދައިފިމީހާ އަދި އެމީހާ مؤمن ންގެމަގު ނޫން އެހެންމަގަކާއި تبع ވެއްޖެއްޔާ އޭނާ އެފަރާތަކުން ސަހަރޯވެރިކަން ހޯދާ އެފަރާތަކަށް ބަރޯސާކުރިފަރާތަކާއި ތިމަންރަސްކަލާނގެ އޭނާ حوال ކުރާހުށީމެވެ. އަދި ތިމަންރަސްކަލާނގެ އޭނާ ނަރަކައަށް ލައްވާހުށީމެވެ. އެއީ އެނބުރިގޮސްތިބުމަށް ނުބައި ވެގެންވާ ތަނެކެވެ.

Verse 116

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدْ ضَلَّ ضَلَـٰلًۢا بَعِيدًا

Transliteration inna l-laha lā yaghfiru an yush'raka bihi wayaghfiru mā dūna dhālika liman yashāu waman yush'rik bil-lahi faqad ḍalla ḍalālan baʿīdan

Dhivehi ހަމަކަށަވަރުން ﷲ އަށް شريك ކުރުމުގެ ފާފަ (އޭނާ ދުނިޔޭގައި توبة ނުވިނަމަ قيامة ދުވަހުން) އެކަލާނގެ ނުފުއްސަވާނެއެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެނޫން ފާފަފުއްސަވައެވެ. އަދި ﷲ އަށް شريك ކުރިމީހާ (ދަންނައެވެ!) ހަމަކަށަވަރުން އޭނާ ވަރަށްބޮޑަށް މަގުފުރެދި ވާވަދެއްޖެކަން ކަށަވަރެވެ.

Verse 117

إِن يَدْعُونَ مِن دُونِهِۦٓ إِلَّآ إِنَـٰثًا وَإِن يَدْعُونَ إِلَّا شَيْطَـٰنًا مَّرِيدًا

Transliteration in yadʿūna min dūnihi illā ināthan wa-in yadʿūna illā shayṭānan marīdan

Dhivehi އެމީހުން (އެބަހީ مشرك ން) އެކަލާނގެފިޔަވައި دعاء ކޮށް އެތަކެއްޗަށް އެގޮވާތަކެތި އެއީ އަންހެން އެއްޗެތިތަކެއް ކަމުގައި މެނުވީ ނުވެއެވެ. (އެއީ اَللاَّت އާއި عُزَّى އާއި مَنَاة އާއި ދެންވެސް އެހެނިހެން ބުދުތަކެވެ. އެއީ ހައްތާވެސް އަންހެން ނަންނަމެވެ.) ހަމަ ނުކިޔަމަންތެރި شيطان އަކަށް މެނުވީ އެމީހުން ގޮވާކަމުގައިނުވެއެވެ.

Verse 118

لَّعَنَهُ ٱللَّهُ ۘ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا

Transliteration laʿanahu l-lahu waqāla la-attakhidhanna min ʿibādika naṣīban mafrūḍan

Dhivehi ﷲ تعالى އެސޮރަށް لعنة ލެއްވިއެވެ. شيطان އާއަށް لعنة ލެއްވިއެވެ. އަދި އެސޮރު ދެންނެވިއެވެ. އިބަރަސްކަލާނގެ އަޅުތަކުންގެތެރެއިން ކަނޑައެޅިގެން ބަޔަކުމީހުން މިއަޅާގެ نصيب ގެތެރެއަށް ވައްދާހުށީމެވެ. (މިއަޅާގެ ބަސްއަހާމީހުންކަމުގައި ހަދައިލާނަމެވެ.)

Verse 119

وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَـَٔامُرَنَّهُمْ فَلَيُبَتِّكُنَّ ءَاذَانَ ٱلْأَنْعَـٰمِ وَلَـَٔامُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ ٱللَّهِ ۚ وَمَن يَتَّخِذِ ٱلشَّيْطَـٰنَ وَلِيًّا مِّن دُونِ ٱللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا

Transliteration wala-uḍillannahum wala-umanniyannahum walaāmurannahum falayubattikunna ādhāna l-anʿāmi walaāmurannahum falayughayyirunna khalqa l-lahi waman yattakhidhi l-shayṭāna waliyyan min dūni l-lahi faqad khasira khus'rānan mubīnan

Dhivehi އަދި ހަމަ ކަނޑައެޅިގެން މިއަޅާ އެމީހުން މަގުފުރައްދާ ވާވައްދައިލާނަމެވެ. އަދި ހަމަކަށަވަރުން މިއަޅާ އެމީހުންނަށް ބޭކާރު أمّيد ތައްކުރުވާ އެދުންވެރިކުރުވާނެކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން މިއަޅާ އެމީހުންނަށް އަމުރުކުރާހުށީމެވެ. ދެން އޭރުން އެމީހުން نعم ސޫފިތަކުގެ ކަންފަތްތައް ކަނޑާނެއެވެ. (އެއީ بَحِيْرَاء އެވެ. އެއީ طَوَاغِيْتُ އަށް ކިޔަމަންވެ އަޅުކަން އަދާކުރުމުގެ ގޮތުންނެވެ.) އަދި ހަމަކަށަވަރުން މިއަޅާ އެމީހުންނަށް އަމުރުކުރާހުށީމެވެ. ދެން އޭރުން އެމީހުން ﷲ ގެ ހެއްދެވުން ބަދަލުކުރާނެއެވެ. (އެއީ ﷲ ގެ دين ބަދަލުކުރުމެވެ. އޭގެދަށުން نعم ސޫފީގެ އޮށްނަގާ ހޯޖާކޮށް ހަދައި އަދި ތިމާމެންގެ ގައިގެ އެތައްމިތަން ބަދަލުކޮށް ޒާތްޒާތުގެ ކުލަކުލައިން ކުރެހުންއަޅާ ހަދާނެއެވެ. މިޒަމާނުގެ މޭކަޕްވެސް މިބާބުގެތެރެއަށް ވަނުން أولى ވެގެންވެއެވެ. އެއީ ހައްތާވެސް ﷲ ގެ خلق ބަދަލުކުރުމެވެ. ހެއްދެވުން ބަދަލުކުރުމެވެ.) އަދި ﷲ ފިޔަވައި شيطان އާއީ ތިމާގެ ސަހަރޯވެރިއަކު ކަމުގައިބަލައި إختيار ކޮށްފިމީހާ ހަމަކަށަވަރުން ބަޔާންވެގެންވާ ގެއްލި ހަލާކުވުމަކުން ގެއްލި ހަލާކުވެއްޖެއެވެ.

Verse 120

يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ ٱلشَّيْطَـٰنُ إِلَّا غُرُورًا

Transliteration yaʿiduhum wayumannīhim wamā yaʿiduhumu l-shayṭānu illā ghurūran

Dhivehi އަދި އެ شيطان އެމީހުންނަށް ޒާތްޒާތުގެ ބޭކާރު أمّيد ތައް ކުރުވައެވެ. وعد ކޮށް ހަދައެވެ. އަދި شيطان އާގެ وعد އެއީ ހަމަ ހެއްލުންތެރި އެއްޗެއްކަމުގައި މެނުވީ ނުވެއެވެ.

Verse 121

أُو۟لَـٰٓئِكَ مَأْوَىٰهُمْ جَهَنَّمُ وَلَا يَجِدُونَ عَنْهَا مَحِيصًا

Transliteration ulāika mawāhum jahannamu walā yajidūna ʿanhā maḥīṣan

Dhivehi އެމީހުން (ދަންނައެވެ! އެބަހީ شيطان އާއަށް ހެއްލުނުމީހުން ދަންނައެވެ.) އެމީހުން قيامة ދުވަހުން ގޮސްތިބޭނެތަނަކީ ހަމަ ނަރަކައެވެ. އަދި އެމީހުން އެތަނުން ރައްކާތެރިވެވޭނެ އެއްވެސްމަގެއް އެމީހުންނަށް ނުފެންނާނެއެވެ.

Verse 122

وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَنُدْخِلُهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۖ وَعْدَ ٱللَّهِ حَقًّا ۚ وَمَنْ أَصْدَقُ مِنَ ٱللَّهِ قِيلًا

Transliteration wa-alladhīna āmanū waʿamilū l-ṣāliḥāti sanud'khiluhum jannātin tajrī min taḥtihā l-anhāru khālidīna fīhā abadan waʿda l-lahi ḥaqqan waman aṣdaqu mina l-lahi qīlan

Dhivehi އަދި އީމާންވެގެން صالح عمل ކުރިމީހުން (ދަންނައެވެ!) ނިކަންހުރެ ތިމަންރަސްކަލާނގެ އެތަންތާނގެދަށުން އާރުތައް ދެމިދެމިވާ ބަގީޗާތަކަކަށް (ސުވަރުގެތަކަށް) އެމީހުން ވައްދަވާހުށީމެވެ. އެމީހުން އެތާ ދެމިތިބޭގޮތަށެވެ. އެއީ ﷲ ކުރައްވާފައިވާ حقّ وعد ފުޅެކެވެ. އަދި ބަސްފުޅު وحي ކުރެއްވުމުގެ ގޮތުން ﷲ އަށްވުރެ ތެދުވެރިކަން ވަކިންބޮޑީ ކާކުހެއްޔެވެ؟ (އެއަށްވުރެ ތެދުވެރިއަކު ނުވެއެވެ.)

Verse 123

لَّيْسَ بِأَمَانِيِّكُمْ وَلَآ أَمَانِىِّ أَهْلِ ٱلْكِتَـٰبِ ۗ مَن يَعْمَلْ سُوٓءًا يُجْزَ بِهِۦ وَلَا يَجِدْ لَهُۥ مِن دُونِ ٱللَّهِ وَلِيًّا وَلَا نَصِيرًا

Transliteration laysa bi-amāniyyikum walā amāniyyi ahli l-kitābi man yaʿmal sūan yuj'za bihi walā yajid lahu min dūni l-lahi waliyyan walā naṣīran

Dhivehi ކަންތައްއޮތީ ކަލޭމެން مؤمن ން ބުނާގޮތަކަށް ނޫނެވެ. ކަލޭމެން އެދޭގޮތަކަށް ނޫނެވެ. އަދި يهودي ންނާއި نصارى އިން أمّيد ކުރާގޮތަކަށްވެސްނޫނެވެ. ނުބައިކަމެއް ކޮށްފި މީހަކުކަމުގައިވަންޏާ އޭނާޔަށް އެކަމުގެ ޖަޒާލިބޭހުއްޓެވެ. އަދި ﷲ ފިޔަވައި އޭނާޔަށް އެއްވެސް ސަހަރޯވެރިއަކުވިޔަސް އަދި ނަސްރުވެރިއަކުވިޔަސް ނުވެއެވެ.

Verse 124

وَمَن يَعْمَلْ مِنَ ٱلصَّـٰلِحَـٰتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَـٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ نَقِيرًا

Transliteration waman yaʿmal mina l-ṣāliḥāti min dhakarin aw unthā wahuwa mu'minun fa-ulāika yadkhulūna l-janata walā yuẓ'lamūna naqīran

Dhivehi އެމީހަކު އީމާންވެގެން صالح عمل ކޮށްފި ކޮންމެ މީހަކު އެއީ ފިރިހެނަކުނަމަވެސް ނުވަތަ އަންހެނަކުނަމަވެސް ފަހެ އެފަދަމީހުން ސުވަރުގެވަންނަ ހުއްޓެވެ. އަދި نقير އެއްގެ މިންވަރު އަނިޔާވެސް އެމީހުންނަށް ނުވެވޭނެއެވެ.

Verse 125

وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ وَٱتَّبَعَ مِلَّةَ إِبْرَٰهِيمَ حَنِيفًا ۗ وَٱتَّخَذَ ٱللَّهُ إِبْرَٰهِيمَ خَلِيلًا

Transliteration waman aḥsanu dīnan mimman aslama wajhahu lillahi wahuwa muḥ'sinun wa-ittabaʿa millata ib'rāhīma ḥanīfan wa-ittakhadha l-lahu ib'rāhīma khalīlan

Dhivehi އަދި إحسان ތެރިވެގެންވާ حال ތިމާގެމޫނު ﷲ އަށް ކިޔަމަންކޮށް (އެބަހީ ތިމާ ﷲ އަށް ކިޔަމަންތެރިވެ އަދި އެމީހާ إبراهيم (عليم السّلام ގެ) مِلّة އަށް تَبَعَ ވެ توحيد އަށް ސީދާވެއްޖެ މީހަކަށްވުރެ دين ގެގޮތުން ހެޔޮވެގެންވަނީ ތިމާގެ މަގުގެގޮތުން ރަނގަޅުވެގެންވަނީ ވަކިން ކާކުހެއްޔެވެ؟ (އެއަށްވުރެ ހެޔޮމީހަކު ނުވެއެވެ.) އަދި ﷲ تعالى إبراهيم (عليم السّلام) އެކަލާނގެ މިތުރަކުކަމުގައި ހިއްޕަވާ إختيار ކުރެއްވިއެވެ.

Verse 126

وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍ مُّحِيطًا

Transliteration walillahi mā fī l-samāwāti wamā fī l-arḍi wakāna l-lahu bikulli shayin muḥīṭan

Dhivehi އަދި އުޑުތަކާއި ބިމުގައިވާހާތަކެތި ملك ވެ خاصّ ވެގެންވަނީ ﷲ އަށެވެ. އަދި ﷲ އީ ހުރިހާ އެއްޗެއްގެމައްޗަށް އެކަލާނގެ ދެނެވޮޑިގަތުމާއި ކުޅަދުންވަންތަކަން ލާވަށައިލައިފައިވާ ކަލަކުކަމުގައި ވޮޑިގެންވެއެވެ.

Verse 127

وَيَسْتَفْتُونَكَ فِى ٱلنِّسَآءِ ۖ قُلِ ٱللَّهُ يُفْتِيكُمْ فِيهِنَّ وَمَا يُتْلَىٰ عَلَيْكُمْ فِى ٱلْكِتَـٰبِ فِى يَتَـٰمَى ٱلنِّسَآءِ ٱلَّـٰتِى لَا تُؤْتُونَهُنَّ مَا كُتِبَ لَهُنَّ وَتَرْغَبُونَ أَن تَنكِحُوهُنَّ وَٱلْمُسْتَضْعَفِينَ مِنَ ٱلْوِلْدَٰنِ وَأَن تَقُومُوا۟ لِلْيَتَـٰمَىٰ بِٱلْقِسْطِ ۚ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ كَانَ بِهِۦ عَلِيمًا

Transliteration wayastaftūnaka fī l-nisāi quli l-lahu yuf'tīkum fīhinna wamā yut'lā ʿalaykum fī l-kitābi fī yatāmā l-nisāi allātī lā tu'tūnahunna mā kutiba lahunna watarghabūna an tankiḥūhunna wal-mus'taḍʿafīna mina l-wil'dāni wa-an taqūmū lil'yatāmā bil-qis'ṭi wamā tafʿalū min khayrin fa-inna l-laha kāna bihi ʿalīman

Dhivehi (އޭ رسول ﷲ އެވެ!) އަންހެނުންނާއިމެދު އެމީހުން އެބަހީ أصحاب ބޭކަލުން ކަލޭގެފާނާ ސުވާލުކުރައްވައި فتوى އައްސަވާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަނބަލުންނާއިމެދު ﷲ ކަލޭމެންނަށް فتوى ދެއްވައެވެ. އަދި މި ކީރިތި قرآن ގައި ކަލޭމެންގެމައްޗަށް ކިޔެވޭތަކެތީގައެވެ. (އެއީ މިސޫރަތުގައި ބާވައިލައްވާފައިވާ فَرَائِضُ ގެ އާޔަތްތަކުގައެވެ.) އެއީ يتيم އަންހެންކުދިންކުރެ އެކަނބަލުންނަށް ލިބުން حقّ ވެގެންވާ ބައި އެކަނބަލުން ކަލޭމެން ނުދޭ (އެބަހީ ވާރުތަ މުދަލުން އެކަނބަލުންނަށް ނުދޭ) އަންހެން يتيم ކުދިންނެވެ. އަދި އެކަނބަލުންނާއި ކާވެނިކުރުމަށް ކަލޭމެން ނޭދޭ އަންހެން ކުދިންނެވެ. އަދި ނިކަމެތި ކުޑަކުދިންނާއިމެދުގައިވެސް ﷲ ކަލޭމެނަށް فتوى ދެއްވައެވެ. (جاهلية ޒަމާނުގައި ކުޑަކުދިންނަށް މުދަލުގެ ވާރުތަނުވެއެވެ. ތަރިކަމުދާ ލިބެނީ ހަމައެކަނި ހަނގުރާމަވެރި ފިރިހެނުންނަށެވެ. މިހުރިހާ ކަމަކަށް މިސޫރަތުގެ ކުރީކޮޅުގައިވާ مِيْرَات ގެ آية ންނާއި އަދިވެސް ސޫރަތް ފެށޭތާނގައިވާ އާޔަތްތަކުން ﷲ ޖަވާބުދެއްވާ بيان ކޮށްދެއްވާފައި އެވަނީއެވެ.) އަދި يتيم ންނާއިމެދު عدل ވެރިގޮތުގައި ކަލޭމެން قائم ވެތިބުމަށްވެސް އެކަލާނގެ ކަލޭމެނަށް އަންގަވައެވެ. އަދި ހެޔޮކަމުގެތެރެއިން ކަލޭމެންކުރި ކޮންމެކަމެއްވެސް ފަހެ އެކަމެއް ﷲ ދެނެވޮޑިގަންނަވައެވެ.

Verse 128

وَإِنِ ٱمْرَأَةٌ خَافَتْ مِنۢ بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَآ أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَٱلصُّلْحُ خَيْرٌ ۗ وَأُحْضِرَتِ ٱلْأَنفُسُ ٱلشُّحَّ ۚ وَإِن تُحْسِنُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا

Transliteration wa-ini im'ra-atun khāfat min baʿlihā nushūzan aw iʿ'rāḍan falā junāḥa ʿalayhimā an yuṣ'liḥā baynahumā ṣul'ḥan wal-ṣul'ḥu khayrun wa-uḥ'ḍirati l-anfusu l-shuḥa wa-in tuḥ'sinū watattaqū fa-inna l-laha kāna bimā taʿmalūna khabīran

Dhivehi އަދި އަންހެނަކު އޭނާގެ ފިރިމީހާ އޭނާއާއި ނުރުހި އޭނާޔާ ވަކިވެދާނޭކަމަށް ބިރުވެތިވެއްޖެއްޔާ ނުވަތަ އޭނާގެ ކިބައިން އެނބުރި ގެންފާނޭކަމާމެދު ބިރުވެތިވެއްޖެއްޔާ އެދެމީހުންގެ ދެމެދު ކަނޑައެޅިގެން صلح ވުމަކުން އެދެމީހުންގެމައްޗަކަށް ކުށެއްނެތެވެ. (ފިރިމީހާ ރުއްސުމަށް އަނބިމީހާ އޭނާއަށް ލިބެންވާ ބައެއް حقّ ދޫކޮށް ހެދުން. އެއީ ހުއްދަ ކަމެކެވެ.) ކޮންމެގޮތަކުންވެސް صلح ވުން ހެޔޮވެގެންވެއެވެ. އަދި نفس ތަކަށް ދަހިވެތިކަން އައިސްފައިވެއެވެ. (ފިރިހެންމީހާ އޭނާޔަށް ލިބެންވާ حقّ ތަކަށް ދަހިވެތިވެއެވެ. އަދި އަންހެންމީހާވެސް އޭނާއަށް ލިބެންވާ حقّ ތަކަށް ދަހިވެތިވެއެވެ. (އޭ ފިރިހެނުންނޭވެ!) ކަލޭމެން ކަލޭމެންގެ އަނބީންނަށް إحسان ތެރިވެ تقوى ވެރިވެ އެކަނބަލުންގެ ކިބައިން ދިމާވާ ނުރުހެވޭ ކަންކަމަށް ކެތްތެރިވެގެންވަންޏާ ކަލޭމެނަށް އެކަމުގެ ޖަޒާ އެކަލާނގެ ދެއްވާހުއްޓެވެ. ﷲ تعالى ކަލޭމެންކުރާ ހުރިހާކަމެއްގެ خبر މޮޅަށް ދެނެވޮޑިގެންވެއެވެ.

Verse 129

وَلَن تَسْتَطِيعُوٓا۟ أَن تَعْدِلُوا۟ بَيْنَ ٱلنِّسَآءِ وَلَوْ حَرَصْتُمْ ۖ فَلَا تَمِيلُوا۟ كُلَّ ٱلْمَيْلِ فَتَذَرُوهَا كَٱلْمُعَلَّقَةِ ۚ وَإِن تُصْلِحُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا

Transliteration walan tastaṭīʿū an taʿdilū bayna l-nisāi walaw ḥaraṣtum falā tamīlū kulla l-mayli fatadharūhā kal-muʿalaqati wa-in tuṣ'liḥū watattaqū fa-inna l-laha kāna ghafūran raḥīman

Dhivehi އަދި ކަލޭމެން ކިތަންމެވަރަކަށް ދަހިވެތިވިޔަސް ގިނައަނބީންގެމެދުގައި عدل ވެރިކުރުމަށް ކުޅަދާނަވެގެން ނުވާނެއެވެ. (އެއީ ހިތުގައި އުފެދޭ ލޯބި ހަމަހަމަ ނުވާނެ ވާހަކައެވެ. އެހެނިހެން مَادِّى ކަންކަން ހަމަހަމަ ނުކުރެވޭނެ ވާހަކައެއްނޫނެވެ.) ފަހެ އެހެންވެ ކަލޭމެން ބޮޑަށް ލޯބިވާ އަނތްބެއްގެ ފަރާތަށް އެކީއެކަށް ލެނބި ނުގަންނާށެވެ! ދެން ކަލޭމެން ކުޑަކޮށް ލޯބިވާ އަނބިމީހާ އެލުވިފައިވާ މީހަކުފަދައިން (ހުއްސަރިބައި ނޫން އަދި ފިރިޔަކު ނެތް މީހަކު ފަދައިން ހޫރޭ މީހަކު ފަދައިން ނުވަތަ ބަންދުކޮށްފައިވާ މީހަކުފަދައިން ދޫނުކޮށްލާށެވެ!) އަދި ކަލޭމެން إصلاح ކޮށް تقوى ވެރިވެއްޖެއްޔާ (އެބަހީ އަނބީންގެ މެދުގައި ގުޅުން ރަނގަޅުކޮށްހަދަންޏާ) ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (އެބަހީ ކަލޭމެންގެ ކުރިން ގޮސްފައިވާ ކަންކަން عفو ކޮށްދެއްވާ توبة قبول ކުރެއްވުން أمّيد ކުރެވެއެވެ.)

Verse 130

وَإِن يَتَفَرَّقَا يُغْنِ ٱللَّهُ كُلًّا مِّن سَعَتِهِۦ ۚ وَكَانَ ٱللَّهُ وَٰسِعًا حَكِيمًا

Transliteration wa-in yatafarraqā yugh'ni l-lahu kullan min saʿatihi wakāna l-lahu wāsiʿan ḥakīman

Dhivehi އަދި އެދެމީހުން ވަރިވެ ވަކިވަކިވެއްޖެއްޔާވެސް ﷲ تعالى އެކަލާނގެ ތަނަވަސްކަމުގެތެރެއިން އެއިން ކޮންމެ މީހަކަށްވެސް ފުއްދަވާ ދެއްވައިފާނެއެވެ. އަދި ﷲ تعالى އީ ތަނަވަސްވެވޮޑިގެންވާ حكمة ވަންތަކަލަކު ކަމުގައި ވޮޑިގެންވެއެވެ.

Verse 131

وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَلَقَدْ وَصَّيْنَا ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ ٱتَّقُوا۟ ٱللَّهَ ۚ وَإِن تَكْفُرُوا۟ فَإِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَانَ ٱللَّهُ غَنِيًّا حَمِيدًا

Transliteration walillahi mā fī l-samāwāti wamā fī l-arḍi walaqad waṣṣaynā alladhīna ūtū l-kitāba min qablikum wa-iyyākum ani ittaqū l-laha wa-in takfurū fa-inna lillahi mā fī l-samāwāti wamā fī l-arḍi wakāna l-lahu ghaniyyan ḥamīdan

Dhivehi އަދި އުޑުތަކާއި ބިމުގައިވާހާތަކެތި خاصّ ވެ މިލްކުވެވޮޑިގެންވަނީ ހަމަ ﷲ އަށެވެ. އަދި ކަލޭމެންގެ (مؤمن ންގެ) ކުރިން ފޮތްދެއްވުނު މީހުންނަށާއި އަދި ސީދާ ކަލޭމެނަށްވެސް ތިމަންރަސްކަލާނގެ وصيّة ކުރައްވާ އަމުރުކުރައްވާފައިވާނީ (އެންމެންވެސް) ﷲ އަށް تقوى ވެރިވުމަށެވެ. އަދި ކަލޭމެންއެކަލާނގެއަށް ކާފަރުވިޔަސް (އެއަކީއެކަލާނގެއަށް އެއްވެސް ގެއްލުމެއްހުރިކަމެއްނޫނެވެ.) ފަހެ ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާތަކެތި ملك ވެ خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ﷲ އީ އަމިއްލަ ذات ފުޅާއިގެން ފުދިވޮދިގެންވާ އަދި އެކަލާނގެ فِعْلُ ފުޅުތަކަށް حمد އާއި تعريف ލިބިވޮޑިގެންވާ ކަލާނގެއެވެ.

Verse 132

وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا

Transliteration walillahi mā fī l-samāwāti wamā fī l-arḍi wakafā bil-lahi wakīlan

Dhivehi އަދި އުޑުތަކާއި ބިމުގައިވާހާ ތަކެތި خاصّ ވެ ملك ވެވޮޑިގެންވަނީ ހަމަ ﷲ އަށެވެ. އަދި އެތަކެތި ބަލަހައްޓަވާ ރައްކާތެރިކުރައްވާ ކަލަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ.

Verse 133

إِن يَشَأْ يُذْهِبْكُمْ أَيُّهَا ٱلنَّاسُ وَيَأْتِ بِـَٔاخَرِينَ ۚ وَكَانَ ٱللَّهُ عَلَىٰ ذَٰلِكَ قَدِيرًا

Transliteration in yasha yudh'hib'kum ayyuhā l-nāsu wayati biākharīna wakāna l-lahu ʿalā dhālika qadīran

Dhivehi އޭ މީސްތަކުންނޭވެ! އެކަލާނގެ އެދިވޮޑިގަންނަވައިފިއްޔާ އެކަލާނގެ ކަލޭމެން ގެންދަވައިފީހެވެ. ނެތިކުރައްވައިފީހެވެ. އަދި އެހެންބަޔަކު އެކަލާނގެ ގެންނަވައިފީހެވެ. އަދި އެކަމަށް ކުޅަދުންވަންތަ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.

Verse 134

مَّن كَانَ يُرِيدُ ثَوَابَ ٱلدُّنْيَا فَعِندَ ٱللَّهِ ثَوَابُ ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَكَانَ ٱللَّهُ سَمِيعًۢا بَصِيرًا

Transliteration man kāna yurīdu thawāba l-dun'yā faʿinda l-lahi thawābu l-dun'yā wal-ākhirati wakāna l-lahu samīʿan baṣīran

Dhivehi ދުނިޔޭގެ ތަކެއްޗާއި މަޖާއެދޭމީހާ (ދަންނައެވެ!) ފަހެ ﷲ ގެ حضرة ގައި ދުނިޔެއާއި آخرة ގެ ޖަޒާވެއެވެ. ސާމާނުވެއެވެ. އަދި އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

Verse 135

۞ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ وَلَوْ عَلَىٰٓ أَنفُسِكُمْ أَوِ ٱلْوَٰلِدَيْنِ وَٱلْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًا فَٱللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا۟ ٱلْهَوَىٰٓ أَن تَعْدِلُوا۟ ۚ وَإِن تَلْوُۥٓا۟ أَوْ تُعْرِضُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا

Transliteration yāayyuhā alladhīna āmanū kūnū qawwāmīna bil-qis'ṭi shuhadāa lillahi walaw ʿalā anfusikum awi l-wālidayni wal-aqrabīna in yakun ghaniyyan aw faqīran fal-lahu awlā bihimā falā tattabiʿū l-hawā an taʿdilū wa-in talwū aw tuʿ'riḍū fa-inna l-laha kāna bimā taʿmalūna khabīran

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! عدل ވެރިކަން قائم ކުރާބަޔަކުކަމުގައި ކަލޭމެންވާށެވެ! އަދި ﷲ އަށް ހެކިދޭ އެކަލާނގެ ހެކިވެރިންކަމުގައި ކަލޭމެންވާށެވެ. ކަލޭމެންގެ އަމިއްލަ نفس ތަކުގެމައްޗަށް ނަމަވެސް ނުވަތަ މައިންބަފައިންގެ މައްޗަށް ނަމަވެސް އަދި ގާތްތިމާގެ މީހުންގެމައްޗަށް ނަމަވެސް މެއެވެ. (عدل ވެރިވުން ހުއްޓެވެ. އަދި އެހެކިދެވޭ މީހާއީ) މުއްސަންޖަކުކަމުގައިވިޔަސް ނުވަތަ فقير އަކުކަމުގައި ވިޔަސް ﷲ تعالى އެދެމީހުންނަށް أولى ވެގެންވެއެވެ. (އެބަހީ އެމީހުން މުއްސަނދިކުރެއްވުމާއި فقير ކުރެއްވުމަކީ ﷲ ކުރައްވާކަންކަމެވެ. އެކަލާނގެ ކަނޑައެޅުއްވި މިންވަރުގެދަށުންނެވެ.) ފަހެ عدل ވެރިވުމާއިމެދު ކަލޭމެންގެ هوى نفس އާއި تبع ނުވާށެވެ! އަދި (ހެކިދިނުމުގައި ނުވަތަ ނިޔާކުރުމުގައި) حقّ އާއި ދުރަށް ލެނބޭކަމުގައިވަންޏާ ނުވަތަ ހެކިބަސް އަދާކުރުމުން މަނާވެގަނެ އެނބުރި ފުރަގަސްދިން ނަމަވެސް ފަހެ ހަމަކަށަވަރުން ﷲ تعالى ކަލޭމެން ކުރާ ކަންތައްތަކުގެ خبر މޮޅަށް ދެނެވޮޑިގެންވެއެވެ. (އަދި އެކަލާނގެ އެދިވޮޑިގަންނަވާނަމަ އެކަމުގެ ފުރިހަމަ ޖަޒާދެއްވާހުއްޓެވެ.)

Verse 136

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلْكِتَـٰبِ ٱلَّذِى نَزَّلَ عَلَىٰ رَسُولِهِۦ وَٱلْكِتَـٰبِ ٱلَّذِىٓ أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِٱللَّهِ وَمَلَـٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْـَٔاخِرِ فَقَدْ ضَلَّ ضَلَـٰلًۢا بَعِيدًا

Transliteration yāayyuhā alladhīna āmanū āminū bil-lahi warasūlihi wal-kitābi alladhī nazzala ʿalā rasūlihi wal-kitābi alladhī anzala min qablu waman yakfur bil-lahi wamalāikatihi wakutubihi warusulihi wal-yawmi l-ākhiri faqad ḍalla ḍalālan baʿīdan

Dhivehi އޭ (ކުރީގެ رسول ންނަށާއި ފޮތްތަކަށް) އީމާންވީ މީހުންނޭވެ! أهل كتاب ންނޭވެ! ކަލޭމެން ﷲ އަށާއި އެކަލާނގެ رسول އާ (محمّد ﷺ) އަށް އީމާންވާށެވެ! އަދި އެކަލާނގެ رسول އާ محمّد ގެފާނުންގެމައްޗަށް ބާވައިލެއްވިފޮތަށް (ކީރިތި قرآن އަށް) އީމާންވާށެވެ! އަދި އެފޮތުގެކުރިން ބާވައިލެއްވި ފޮތްތަކަށްވެސް ކަލޭމެން އީމާންވާށެވެ! އަދި ﷲ އަށާއި އެކަލާނގެ މަލާއިކަތުންނަށާއި އެކަލާނގެ ފޮތްތަކަށާއި އެކަލާނގެ رسول ންނަށާއި އަދި آخرة ދުވަހަށް ކާފަރުވާމީހާ (ދަންނައެވެ!) ހަމަކަށަވަރުން އެމީހާ ވަރަށްދުރު މަގުފުރެދުމަކުން މަގުފުރެދި ވާވަދެ އަވަދިވެއްޖެއެވެ.

Verse 137

إِنَّ ٱلَّذِينَ ءَامَنُوا۟ ثُمَّ كَفَرُوا۟ ثُمَّ ءَامَنُوا۟ ثُمَّ كَفَرُوا۟ ثُمَّ ٱزْدَادُوا۟ كُفْرًا لَّمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ سَبِيلًۢا

Transliteration inna alladhīna āmanū thumma kafarū thumma āmanū thumma kafarū thumma iz'dādū kuf'ran lam yakuni l-lahu liyaghfira lahum walā liyahdiyahum sabīlan

Dhivehi ހަމަކަށަވަރުން އެބަޔަކު އީމާންވި ދެން އެމީހުން ކާފަރުވި ދެން އަލުންވެސް އީމާންވި ދެން އަނެއްކާ ކާފަރުވި ދެން އެކާފަރުކަން އިތުރުކުރި މީހުން (ދަންނައެވެ!) ﷲ تعالى އެފަދަ މީހުންނަށް ފާފަފުއްސަވާނޭކަލަކުކަމުގައިވޮޑިގެން ނުވެއެވެ. • ދަންނައެވެ. މި آية ގައި މިސިފަކުރައްވާ މީހުންނަކީ أهل كتاب ންކަމުގައި أبو جعْفَر الطّبَرِى އޭނާގެ تفسير ގައި ލިއުއްވާފައިވެއެވެ. އެމީހުން توراة ގެ حكم އަށް އެއްބަސްވެފައި އެކަން ދޮގުކުރީއެވެ. ދެން އޭގެތެރެއިން ބަޔަކުމީހުން عيسى عليه السّلام ގެ رسول ކަމާއި إنجيل قرار ކުރުމަށްފަހު އެޔާ خلافވެ ދޮގުކުރީއެވެ. ދެން محمّد ﷺ ގެ رسول ކަމާއި قرآن ދޮގުކޮށް ކާފަރުވީއެވެ. އަދި ކާފަރުކަމުގެމައްޗަށް ކާފަރުކަން އިތުރުކުރީއެވެ. • އަދި ބައެއް مفسّر ން ވިދާޅުވަނީ: އެމީހުން موسى عليه السّلام އަށް އީމާންވެފައި ދެން އެމީހުން އެކަލޭގެފާނަށް ކާފަރުވެ ދެން އޭގެތެރެއިން نصارى އިން عيسى عليه السّلام އަށް އީމާންވެފައި ދެން އެކަލޭގެފާނަށް ކާފަރުވީއެވެ. ދެން محمّد ﷺ އަށް ކާފަރުވެ ކާފަރުކަން އިތުރުކުރީއެވެ. މިއެވެ. އަދި މިނޫންގޮތްގޮތަށްވެސް މިއާޔަތުގެ مراد ލިޔެވިފައިވެއެވެ. والله أعلم.

Verse 138

بَشِّرِ ٱلْمُنَـٰفِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا

Transliteration bashiri l-munāfiqīna bi-anna lahum ʿadhāban alīman

Dhivehi (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން منافق ންނަށް ވޭންދެނިވި عذاب އެއް ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެމީހުންނަށް خبر ދެއްވާށެވެ!

Verse 139

ٱلَّذِينَ يَتَّخِذُونَ ٱلْكَـٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَيَبْتَغُونَ عِندَهُمُ ٱلْعِزَّةَ فَإِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا

Transliteration alladhīna yattakhidhūna l-kāfirīna awliyāa min dūni l-mu'minīna ayabtaghūna ʿindahumu l-ʿizata fa-inna l-ʿizata lillahi jamīʿan

Dhivehi އެމީހުންނަކީ مؤمن ން ފިޔަވައި كافر ންގެމީހުން އެމީހުންގެ ސަހަރޯވެރިންކަމުގައި ބަލައި ހަދާމީހުންނެވެ. ފަހެ އެކާފަރުންގެ ކިބައިން ބާރާ ގަދަފަދަކަން އެމީހުން އެދެނީހެއްޔެވެ؟ އަދި عزّة ތެރިކަން އެދެނީހެއްޔެވެ؟ ފަހެ އެންމެހައި عزّة ތެރިކަމެއް (އަދި ބާރާއި ގަދަފަދަކަން) خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. (ކޮންމެ މީހަކުވެސް ﷲ ގެ حضرة ން عزّة ތެރިކަން އެދޭހުށިކަމެވެ!)

Verse 140

وَقَدْ نَزَّلَ عَلَيْكُمْ فِى ٱلْكِتَـٰبِ أَنْ إِذَا سَمِعْتُمْ ءَايَـٰتِ ٱللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا۟ مَعَهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦٓ ۚ إِنَّكُمْ إِذًا مِّثْلُهُمْ ۗ إِنَّ ٱللَّهَ جَامِعُ ٱلْمُنَـٰفِقِينَ وَٱلْكَـٰفِرِينَ فِى جَهَنَّمَ جَمِيعًا

Transliteration waqad nazzala ʿalaykum fī l-kitābi an idhā samiʿ'tum āyāti l-lahi yuk'faru bihā wayus'tahza-u bihā falā taqʿudū maʿahum ḥattā yakhūḍū fī ḥadīthin ghayrihi innakum idhan mith'luhum inna l-laha jāmiʿu l-munāfiqīna wal-kāfirīna fī jahannama jamīʿan

Dhivehi (އޭ އީމާންކަން ފައުޅުކޮށްގެން އުޅޭމީހުންނޭވެ!) ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވެވޭ އަޑު ކަލޭމެން އަހައިފިއްޔާ ނުވަތަ އެއާޔަތަކަށް މަލާމާތްކުރެވޭ އަޑު ކަލޭމެން އަހައިފިއްޔާ (އެކަމެއް އެކުރާ ބަޔަކު) އެކަން ދޫކޮށް އެހެން ވާހަކައެއްގެތެރެއަށް ވަދެގެންފުމަށް ދާންދެން ކަލޭމެން އެމީހުނާއެކު އެތާ ނުތިބޭން ކީރިތި قرآن ގައި ކަލޭމެންނަށް އެކަލާނގެ ބާވައިލައްވާ އަންގަވާފައިވާނެއެވެ. (އެއީ أنعام ސޫރަތުގެ 68 ވަނަ އާޔަތުގައެވެ. އެއީ (وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ.....) މިއާޔަތެވެ. ދެންފަހެ ކަލޭމެން އެފަދަމީހުނާއެކު އާޔަތަކަށް މަލާމާތްކުރެވި ކާފަރުވެވޭތާނގައި ތިބެއްޖެނަމަ ކަލޭމެންވެސް ވާނީ ހަމަ އޭގެމީހުންކަމުގައެވެ. އެމީހުންނެކޭ އެއްފަދައެވެ. ހަމަކަށަވަރުން އެންމެހައި منافق ންނާއި ކާފަރުން އެކީއެކަށް ﷲ تعالى ނަރަކައަށް جمع ކުރައްވަވާ ހުއްޓެވެ.

Verse 141

ٱلَّذِينَ يَتَرَبَّصُونَ بِكُمْ فَإِن كَانَ لَكُمْ فَتْحٌ مِّنَ ٱللَّهِ قَالُوٓا۟ أَلَمْ نَكُن مَّعَكُمْ وَإِن كَانَ لِلْكَـٰفِرِينَ نَصِيبٌ قَالُوٓا۟ أَلَمْ نَسْتَحْوِذْ عَلَيْكُمْ وَنَمْنَعْكُم مِّنَ ٱلْمُؤْمِنِينَ ۚ فَٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَـٰمَةِ ۗ وَلَن يَجْعَلَ ٱللَّهُ لِلْكَـٰفِرِينَ عَلَى ٱلْمُؤْمِنِينَ سَبِيلًا

Transliteration alladhīna yatarabbaṣūna bikum fa-in kāna lakum fatḥun mina l-lahi qālū alam nakun maʿakum wa-in kāna lil'kāfirīna naṣībun qālū alam nastaḥwidh ʿalaykum wanamnaʿkum mina l-mu'minīna fal-lahu yaḥkumu baynakum yawma l-qiyāmati walan yajʿala l-lahu lil'kāfirīna ʿalā l-mu'minīna sabīlan

Dhivehi އެމީހުންނަކީ އެބަހީ އެ منافق ންނަކީ، ކަލޭމެން مؤمن ންނާމެދު (ނުބައިގޮތްވުމަށް) إنتظار ކޮށްކޮށް ތިބޭ ބައެކެވެ. ދެންފަހެ ކަލޭމެންނަށް ﷲ ގެ حضرة ން އެއްވެސް فتح އެއް އެބަހީ عدوُّ ންގެފަރާތުން غنيمة އެއް ލިބިއްޖެއްޔާ އެ منافق ން ބުނާނެއެވެ. އަހުރެމެން ފަހެ ކަލޭމެންނާއެކު ނުވަމުހެއްޔެވެ؟ (އެބަހީ އަހުރެމެންވެސް ހަނގުރާމައިގައިވީމުއެވެ. އަހުރެމެންނަށްވެސް غنيمة އިން ދޭންވާނެއެވެ.) އަދި އެކާފަރުންނަށް (ކަލޭމެންގެ ފަރާތުން) ކޮންމެވެސް ނަސީބެއް ލިބިއްޖެއްޔާ އެ منافق ން ކާފަރުންނަށް ބުނާނެއެވެ. އަހުރެމެން ކަލޭމެން ގަދަނުކޮށްނުދެމުހެއްޔެވެ؟ އެބަހީ ގަދަކޮށްދިނީމެވެ. އަދި مؤمن ން ފަރާތުން އަހުރެމެން ކަލޭމެން منعކޮށްދިނީމެވެ. ފަހެ ﷲ سبحانه وتعالى قيامة ދުވަހުން ކަލޭމެންގެ މެދުގައި حكم ކުރައްވާ ނިޔާކުރައްވާ ހުއްޓެވެ. އަދި مؤمن ންގެމައްޗަށް ކާފަރުންނަށް އެއްވެސް ގޮތެއް (ގަދަވެވޭނޭ) އެއްވެސް މަގެއް ﷲ تعالى ނުލައްވާނެއެވެ. އެއީ قيامة ދުވަހުންނެވެ.

Verse 142

إِنَّ ٱلْمُنَـٰفِقِينَ يُخَـٰدِعُونَ ٱللَّهَ وَهُوَ خَـٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا

Transliteration inna l-munāfiqīna yukhādiʿūna l-laha wahuwa khādiʿuhum wa-idhā qāmū ilā l-ṣalati qāmū kusālā yurāūna l-nāsa walā yadhkurūna l-laha illā qalīlan

Dhivehi ހަމަކަށަވަރުން منافق ންގެމީހުން ﷲ އަށް މަކަރުހަދައެވެ. އަދި އެކަލާނގެ (އެކަލާގެ ذات ފުޅާއި އެކަށީގެންވާފަދައަކުން) އެމީހުންނަށް މަކަރުހައްދަވަނީއެވެ. އަދި އެ منافق ން ނަމާދަށް ތެދުވަންޏާ އެމީހުން ނަމާދަށް ތެދުވާނީ ކަންނެތްކަމާއެކުގައެވެ. އަދި މީސްތަކުންނަށް ދައްކާށެވެ. (ﷲ އަށް އެއްވެސް إخلاص ތެރިކަމެއް ނެތިއެވެ.) އަދި ދާދިމަދުން މެނުވީ އެމީހުން ﷲ އަށް ذِكْرُ ނުކުރެއެވެ. ﷲ ހަނދާން ނުކުރެއެވެ.

Verse 143

مُّذَبْذَبِينَ بَيْنَ ذَٰلِكَ لَآ إِلَىٰ هَـٰٓؤُلَآءِ وَلَآ إِلَىٰ هَـٰٓؤُلَآءِ ۚ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلًا

Transliteration mudhabdhabīna bayna dhālika lā ilā hāulāi walā ilā hāulāi waman yuḍ'lili l-lahu falan tajida lahu sabīlan

Dhivehi އެމީހުން އެވަނީ (إيمان ކަމާއި ކާފަރުކަމާއި ދެމެދު ދެފުށުއެޅިއެޅިއެވެ.) މިމީހުންގެތެރެއަކަށް ނުވެއެވެ. (އެބަހީ مؤمن ންގެ ބަޔަކުކަމުގައި ނުވެއެވެ.) އަދި އެބައިމީހުންގެ ތެރެއަކަށް ނުވެއެވެ. (އެބަހީ مشرك ންގެތެރެއަކަށް ނުވެއެވެ. ކާފަރުންގެތެރެއަކަށް ނުވެއެވެ. އަދި يهودي ންގެތެރެއަކަށްވެސް ނުވެއެވެ.) އަދި ﷲ މަގުފުރައްދަވައިފި އަޅަކަށް حقّ މަގަށް واصل ވާނޭ އެއްވެސްގޮތެއް ކަލޭގެފާނަށް ފެނިވަޑައި ނުގަންނަވާނެއެވެ.

Verse 144

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْكَـٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَتُرِيدُونَ أَن تَجْعَلُوا۟ لِلَّهِ عَلَيْكُمْ سُلْطَـٰنًا مُّبِينًا

Transliteration yāayyuhā alladhīna āmanū lā tattakhidhū l-kāfirīna awliyāa min dūni l-mu'minīna aturīdūna an tajʿalū lillahi ʿalaykum sul'ṭānan mubīnan

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! مؤمن ން ފިޔަވައި ކާފަރުން އެއީ ސަހަރޯވެރިންކަމުގައި ކަލޭމެން ހިފާ إختيار ނުކުރާށެވެ! ކަލޭމެންގެ މައްޗަށް حجّة قائم ކުރުމަށް بيان ވެގެންވާ دليل އާއި حجّة ކަލޭމެން ﷲ تعالى ގެ حضرة އަށް ލައިދޭން ކަލޭމެން އެދެނީހެއްޔެވެ؟ (އެ ކާފަރުން އެއީ مؤمن ން ފިޔަވައި ތިމާމެންގެ ސަހަރޯވެރިންކަމުގައި ހަމަޖައްސާ މީހުންނެކޭ ކާފަރުންނެކޭ އެއްވަރެވެ.) އެހެންކަމަށްވަންޏާ ކާފަރުންނަށް އޮތް عقوبة އެއް މިމީހުން (ދުލުކޮޅުން مؤمن ންނޭކިޔަސްވެސް) އޮންނާނެއެވެ.

Verse 145

إِنَّ ٱلْمُنَـٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا

Transliteration inna l-munāfiqīna fī l-darki l-asfali mina l-nāri walan tajida lahum naṣīran

Dhivehi ހަމަކަށަވަރުން منافق ންވަނީ ނަރަކައިގެ އެންމެ ވަތުބަތާނައިގައެވެ. އެންމެ ދަށުބައިގައެވެ. އަދި އެމީހުންނަށް އެއްވެސް نصر ވެރިއަކުވާތީ ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ.

Verse 146

إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَٱعْتَصَمُوا۟ بِٱللَّهِ وَأَخْلَصُوا۟ دِينَهُمْ لِلَّهِ فَأُو۟لَـٰٓئِكَ مَعَ ٱلْمُؤْمِنِينَ ۖ وَسَوْفَ يُؤْتِ ٱللَّهُ ٱلْمُؤْمِنِينَ أَجْرًا عَظِيمًا

Transliteration illā alladhīna tābū wa-aṣlaḥū wa-iʿ'taṣamū bil-lahi wa-akhlaṣū dīnahum lillahi fa-ulāika maʿa l-mu'minīna wasawfa yu'ti l-lahu l-mu'minīna ajran ʿaẓīman

Dhivehi އެމީހުންގެތެރެއިން توبة ވެ އަދި އެމީހުން فاسد ކުރިކުރުން إصلاح ކޮށް އަދި އެމީހުން ﷲ އަށް ކިޔަމަންވުމުގެ ރައްކާތެރިކަމުގައި ހިފައި އަދި އެމީހުން އެމީހުންގެ دين އެބަހީ އެމީހުންގެ ކިޔަމަންތެރިކަމާއި عمل އެމީހުން ﷲ އަށް إخلاص ތެރިކޮށް ހެދިމީހުން މެނުވީއެވެ. ފަހެ އެމީހުން ވަނީ مؤمن ންނާއި އެކުގައެވެ. އަދި ނިކަންހުރެ مؤمن ންނަށް ﷲ تعالى ބޮޑުވެގެންވާ ދަރުމައެއް ދެއްވާނެއެވެ.

Verse 147

مَّا يَفْعَلُ ٱللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَءَامَنتُمْ ۚ وَكَانَ ٱللَّهُ شَاكِرًا عَلِيمًا

Transliteration mā yafʿalu l-lahu biʿadhābikum in shakartum waāmantum wakāna l-lahu shākiran ʿalīman

Dhivehi (އޭ منافق ންނޭވެ!) ކަލޭމެން ﷲ ގެ نعمة ތަކަށް شكر ކޮށް އެކަލާނގެ رسول އާއަށް އީމާންވެ إخلاص ތެރިވެއްޖެއްޔާ ދެން ﷲ ކަލޭމެނަށް عذاب ދެއްވުމުގައި އެކަލާނގެއަށް އޮތީ ކޮންފައިދާއެއް ހެއްޔެވެ؟ (އެއްވެސް حال އެއްގައި ކަލޭމެންގެ عمل އަކުން އެކަލާނގެއަށް واصل ވާނެ އެއްވެސް އުނިއިތުރެއް ނެތެވެ. ކަލޭމެން شكر ކުރިއްޔާ އެކަމުގެ ހެޔޮކަން އޮންނާނީވެސް ހަމަ ކަލޭމެނަށެވެ. އަދި ކަލޭމެން ކާފަރުވުމުން އޭގެ ނުބައިކަންވެސް އޮންނާނީ ހަމަ ކަލޭމެނަށެވެ.) އަދި ﷲ تعالى ވޮޑިގެންވަނީ شكر ކުރައްވާ ދެނެވޮޑިގެންވާ ކަލަކުކަމުގައެވެ.

Verse 148

۞ لَّا يُحِبُّ ٱللَّهُ ٱلْجَهْرَ بِٱلسُّوٓءِ مِنَ ٱلْقَوْلِ إِلَّا مَن ظُلِمَ ۚ وَكَانَ ٱللَّهُ سَمِيعًا عَلِيمًا

Transliteration lā yuḥibbu l-lahu l-jahra bil-sūi mina l-qawli illā man ẓulima wakāna l-lahu samīʿan ʿalīman

Dhivehi ތިމާއަށް އަނިޔާއެއް ލިބެވުނުމީހަކުމެނުވީ ނުބައިބަހުން (ހުތުރުބަހުން) އަޑުހަރުކޮށް ގަދައަޑަކުން ވާހަކަދައްކާ ހެދުމަށް ﷲ ލޯބިވެވޮޑި ނުގަންނަވައެވެ. (އަނިޔާއެއް ލިބިގެންވާ މީހާ އެވާހަކަ އެހެންމީހުންނަށް އަޑުއިވޭގޮތަށް ދެއްކުން މީގެތެރެއިން ނުވެއެވެ. އެއީ ހުއްދަ ކަމެކެވެ.) އަދި ﷲ ވޮޑިގެންވަނީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލަކުކަމުގައެވެ.

Verse 149

إِن تُبْدُوا۟ خَيْرًا أَوْ تُخْفُوهُ أَوْ تَعْفُوا۟ عَن سُوٓءٍ فَإِنَّ ٱللَّهَ كَانَ عَفُوًّا قَدِيرًا

Transliteration in tub'dū khayran aw tukh'fūhu aw taʿfū ʿan sūin fa-inna l-laha kāna ʿafuwwan qadīran

Dhivehi (އޭ މީސްތަކުންނޭވެ!) ކަލޭމެން ހެޔޮބަހެއް ނުވަތަ ހެޔޮކަމެއް ފައުޅުކުރިޔަސް ނުވަތަ އެކަމެއް ވަންހަނާކުރިޔަސް ނުވަތަ (މީހަކު ކަލޭމެނަށް ކުރިނުބައިކަމަކުން) ކަލޭމެން عفو ކުރިޔަސް (އެއީ ހަމަރަނގަޅު ކަމެކެވެ.) އެހެނީ ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ގިނަގިނައިން عفو ކުރައްވާ ކުޅަދުންވަންތަ ކަލަކުކަމުގައެވެ. (ކަލޭމެންވެސް ކުޅަދާނަވެގެންވާ حال عفو ކުރުން އެދެވިގެންވެއެވެ.)

Verse 150

إِنَّ ٱلَّذِينَ يَكْفُرُونَ بِٱللَّهِ وَرُسُلِهِۦ وَيُرِيدُونَ أَن يُفَرِّقُوا۟ بَيْنَ ٱللَّهِ وَرُسُلِهِۦ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَن يَتَّخِذُوا۟ بَيْنَ ذَٰلِكَ سَبِيلًا

Transliteration inna alladhīna yakfurūna bil-lahi warusulihi wayurīdūna an yufarriqū bayna l-lahi warusulihi wayaqūlūna nu'minu bibaʿḍin wanakfuru bibaʿḍin wayurīdūna an yattakhidhū bayna dhālika sabīlan

Dhivehi ހަމަކަށަވަރުން ﷲ އަށާއި އެކަލާނގެ رسول ންނަށް ކާފަރުވާމީހުން، އަދި އެމީހުން ﷲ އާއި އެކަލާނގެ رسول ންނާއި ދެމެދު (އީމާންވުމުގެގޮތުން) فرق ކޮށް ވަކިކުރަން އެދޭމީހުން، އަދި އަހުރެމެން އީމާންވާނީ ބަޔަކަށެވެ. އަދި އަހުރެމެން އަނެއްބަޔަކަށް ކާފަރުވާނީއޭ ބުނެ ހަދާމީހުން، އަދި އެދެމެދުން އެހެންމަގެއް ހޯދަން އެދޭމީހުން (إسلام دين ނޫން އެހެން ދީނެއް ހޯދުމަށް އެދޭމީހުން ދަންނައެވެ.

Verse 151

أُو۟لَـٰٓئِكَ هُمُ ٱلْكَـٰفِرُونَ حَقًّا ۚ وَأَعْتَدْنَا لِلْكَـٰفِرِينَ عَذَابًا مُّهِينًا

Transliteration ulāika humu l-kāfirūna ḥaqqan wa-aʿtadnā lil'kāfirīna ʿadhāban muhīnan

Dhivehi އެއީ ހަމަކަނޑައެޅިގެން عذاب حقّ ވެގެންވާ (އޮރިޖިނަލް) ކާފަރުންނެވެ. އަދި ކާފަރުންނަށް ތިމަންރަސްކަލާނގެ އިހާނާތްތެރިވެގެންވާ عذاب އެއް ތައްޔާރުކުރެއްވީމެވެ.

Verse 152

وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ وَلَمْ يُفَرِّقُوا۟ بَيْنَ أَحَدٍ مِّنْهُمْ أُو۟لَـٰٓئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا

Transliteration wa-alladhīna āmanū bil-lahi warusulihi walam yufarriqū bayna aḥadin min'hum ulāika sawfa yu'tīhim ujūrahum wakāna l-lahu ghafūran raḥīman

Dhivehi އަދި ﷲ އަށާއި އެކަލާނގެ رسول ންނަށް އީމާންވީ މީސްތަކުން، އަދި އެއިން އެއްވެސް ފަރާތެއް ވަކި ނުކޮށް (އެއްބޭކަލަކަށް އީމާންވެ، އަނެއް ބޭކަލަކަށް ކާފަރުވުންފަދަ ކަމެއްނުކޮށް ﷲ އަށާއި އެންމެހައި رسول ންނަށް قواعد ން އީމާންވީ މީސްތަކުން ދަންނައެވެ!) ނިކަންހުރެ އެމީހުންނަށް އެމީހުންގެ އުޖޫރަ، ހެޔޮދަރުމަ ދެއްވޭހުއްޓެވެ. އެބަހީ އެކަމުގެދަރުމަ އެމީހުންނަށް ﷲ ދެއްވާނެއެވެ. އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑު ކަލަކުކަމުގައެވެ.

Verse 153

يَسْـَٔلُكَ أَهْلُ ٱلْكِتَـٰبِ أَن تُنَزِّلَ عَلَيْهِمْ كِتَـٰبًا مِّنَ ٱلسَّمَآءِ ۚ فَقَدْ سَأَلُوا۟ مُوسَىٰٓ أَكْبَرَ مِن ذَٰلِكَ فَقَالُوٓا۟ أَرِنَا ٱللَّهَ جَهْرَةً فَأَخَذَتْهُمُ ٱلصَّـٰعِقَةُ بِظُلْمِهِمْ ۚ ثُمَّ ٱتَّخَذُوا۟ ٱلْعِجْلَ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ فَعَفَوْنَا عَن ذَٰلِكَ ۚ وَءَاتَيْنَا مُوسَىٰ سُلْطَـٰنًا مُّبِينًا

Transliteration yasaluka ahlu l-kitābi an tunazzila ʿalayhim kitāban mina l-samāi faqad sa-alū mūsā akbara min dhālika faqālū arinā l-laha jahratan fa-akhadhathumu l-ṣāʿiqatu biẓul'mihim thumma ittakhadhū l-ʿij'la min baʿdi mā jāathumu l-bayinātu faʿafawnā ʿan dhālika waātaynā mūsā sul'ṭānan mubīnan

Dhivehi (އޭ رسول ﷲ އެވެ!) أَهْلُ كِتَاب ންގެމީހުން އެމީހުންގެމައްޗަށް ކަލޭގެފާނު އުޑުން ފޮތެއް ގެންނެވުމަށް އެމީހުން އެދެއެވެ. (އެއީ عجائب ކަމެއްނޫނެވެ. މީގެކުރީން ތިބި އެމީހުންގެ ކާބަފައިން) موسى (عليه السّلام) ގެ އަރިހުން އެއަށްވުރެ މާބޮޑު ކަމަކަށް އެދުނެވެ. އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. (އޭ موسى އެވެ!) ހަމަ ފާޅުގައި އަހުރެމެންގެ ލޯތަކަށް ފެންނަގޮތަށް ﷲ އަހުރެމެންނަށް ދައްކަވާށެވެ! ދެންފަހެ (އެމީހުންގެ އެބަހުގެ ބޭއަދަބީކަމުންނާ) އި އެމީހުންގެ އަނިޔާވެރިކަމުގެ ސަބަބުން އެމީހުންނަށް އައީ އަލިފާނެއެވެ. (އޭގެ ސަބަބުން އެމީހުން މަރުވެދިޔައީއެވެ.) ދެން (އޭ أهل كتابންނޭވެ!) އެމީހުންނަށް بيان ވެގެންވާ دليل އާއި حجّة އައުމަށްފަހު އެމީހުން ޅަގެރި (إله އެއްގެގޮތުގައި) ހިފާ إختيار ކުރީއެވެ. ދެންވެސް ތިމަންރަސްކަލާނގެ އެކަމުން އެމީހުންނަށް عفو ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް بيان ވެގެންވާ حجّة އާއި دليل އެއް ދެއްވީމެވެ. (އެއީ އެކަލޭގެފާނުންގެ نبي ކަމުގެ ތެދުކަމާއި حقيقة ގެ މައްޗަށެވެ.)

Verse 154

وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَـٰقِهِمْ وَقُلْنَا لَهُمُ ٱدْخُلُوا۟ ٱلْبَابَ سُجَّدًا وَقُلْنَا لَهُمْ لَا تَعْدُوا۟ فِى ٱلسَّبْتِ وَأَخَذْنَا مِنْهُم مِّيثَـٰقًا غَلِيظًا

Transliteration warafaʿnā fawqahumu l-ṭūra bimīthāqihim waqul'nā lahumu ud'khulū l-bāba sujjadan waqul'nā lahum lā taʿdū fī l-sabti wa-akhadhnā min'hum mīthāqan ghalīẓan

Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް طور ފަރުބަދަ އުފުއްލެވީމެވެ. އެއީ (އެމީހުން توراة ގައިވާ ގޮތަށް عمل ކުރުމަށް عهد ކަށަވަރުވުމަށްފަހު) އެ عهد ކަށަވަރު އުވާލާ توراة ގައިވާފަދައަކުން عمل ނުކުރުމުގެ ސަބަބުންނެވެ. އަދި ކަލޭމެން سجدة ކުރާ حال އެބަހީ ކިޔަމަންތެރިވެގެންވާ ޙާލު ރަށުގެދޮރުން ކަލޭމެން ވަންނާށޭ މިފަދައިން އެމީހުންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. (އެކަމަކު އެމީހުން ދޮރުންވަނީ އެޔާ خلاف އަށް ފޫކޮޅުޖައްސައިގެން ފިރުކެމުންނެވެ.) އަދި ކަލޭމެން ހޮނިހިރުދުވަހު (އެދުވަހުގެ حرمة ކަނޑާ) ހައްދުފަހަނަޅައިގެން ނުދާށޭ އެމީހުންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. (ނަމަވެސް އޭގެބަޔަކު ހޮނިހިރުދުވަހުގެ حرمة ކަނޑާ މަސްހިފާހެދީއެވެ.)

Verse 155

فَبِمَا نَقْضِهِم مِّيثَـٰقَهُمْ وَكُفْرِهِم بِـَٔايَـٰتِ ٱللَّهِ وَقَتْلِهِمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ وَقَوْلِهِمْ قُلُوبُنَا غُلْفٌۢ ۚ بَلْ طَبَعَ ٱللَّهُ عَلَيْهَا بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا

Transliteration fabimā naqḍihim mīthāqahum wakuf'rihim biāyāti l-lahi waqatlihimu l-anbiyāa bighayri ḥaqqin waqawlihim qulūbunā ghul'fun bal ṭabaʿa l-lahu ʿalayhā bikuf'rihim falā yu'minūna illā qalīlan

Dhivehi ދެންފަހެ އެމީހުން، އެމީހުންގެ عهد ކަށަވަރު އުވާލުމުގެ ސަބަބުންނާއި، އަދި އެމީހުން ﷲ ގެ އާޔަތްތަކަށް ކާފަރުވުމުގެ ސަބަބުންނާއި އަދި އެމީހުން އެއްވެސް حقّ އަކާއިނުލައި نبي ބޭކަލުން މެރުމުގެސަބަބުންނާއި އަދި "އަހުރެމެންގެ ހިތްތައް މިވަނީ (حقّ އެއް ނުވަންނާނޭގޮތުން ބަންދުވެ ނިވައިވެފައެވެ.) މިހެން އެމީހުން ބުނުމުގެ ސަބަބުންނާއިއެވެ. އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ. އެމީހުން ކާފަރުވުމުގެ ސަބަބުން ﷲ އެމީހުންގެ ހިތްތަކުގައި ސިއްކަޖެއްސެވީއެވެ. ފަހެ ދާދިމަދުން މެނުވީ އެމީހުން އީމާން ނުވެއެވެ. (އެމީހުން އީމާންވަނީ ބައެއް نبي ންނަށެވެ. އަދި توراة ގެވެސް ބައެއް حكم އަށެވެ...... والله أعلم)

Verse 156

وَبِكُفْرِهِمْ وَقَوْلِهِمْ عَلَىٰ مَرْيَمَ بُهْتَـٰنًا عَظِيمًا

Transliteration wabikuf'rihim waqawlihim ʿalā maryama buh'tānan ʿaẓīman

Dhivehi އަދި އެމީހުންގެ ކާފަރުކަމުގެ ސަބަބުންނާއި އަދި مَرْيَم ގެފާނުންގެމައްޗަށް އެމީހުން ބުނި ބޮޑުދޮގުގެ ސަބަބުންނެވެ.

Verse 157

وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ ۚ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِيهِ لَفِى شَكٍّ مِّنْهُ ۚ مَا لَهُم بِهِۦ مِنْ عِلْمٍ إِلَّا ٱتِّبَاعَ ٱلظَّنِّ ۚ وَمَا قَتَلُوهُ يَقِينًۢا

Transliteration waqawlihim innā qatalnā l-masīḥa ʿīsā ib'na maryama rasūla l-lahi wamā qatalūhu wamā ṣalabūhu walākin shubbiha lahum wa-inna alladhīna ikh'talafū fīhi lafī shakkin min'hu mā lahum bihi min ʿil'min illā ittibāʿa l-ẓani wamā qatalūhu yaqīnan

Dhivehi "އަދި ﷲ ގެ رسول އާ عيسى بن مَرْيَم (عليه السّلام) ހަމަކަށަވަރުން އަހުރެމެން قتل ކޮށްފީމެވެ." މިހެން އެމީހުން ބުނުމުގެ ސަބަބުންނެވެ. (އެބަހީ މިކަންކަމުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުންނަށް لعنة ލެއްވީމެވެ.) އަދި ހަމަކަށަވަރުން އެމީހުން އެކަލޭގެފާނު قتل ނުކުރެއެވެ. އަދި އެމީހުން އެކަލޭގެފާނު صليب އަކަށްވެސް ނުލައެވެ. އަދި އެހެނެއްކަމަކު އެމީހުންނަށް އޮޅުވައިލެވުނީއެވެ. އަދި ކަށަވަރުންވެސް އެކަލޭގެފާނާއިމެދު إختلاف ވެ ދެބަސްވީމީހުންވަނީ އެކަލޭގެފާނާއިމެދު ޝައްކެއްގައެވެ. އެމީހުންނަށް އެކަމާއިމެދު ނުވަތަ އެކަލޭގެފާނާއިމެދު އެއްވެސް އެނގުމެއް ނުވެއެވެ. ހަމައެކަނި އެމީހުން تبع ވަނީ ހީކުރުމަކަށެވެ. يقينُ ންވެސް އެމީހުން އެކަލޭގެފާނު قتل އެއް ނުކުރެއެވެ. (ނުވަތަ އެމީހުންނަށްވެސް يقين ވާފަދަ ގޮތަކަށް އެކަލޭގެފާނު قتل ނުކުރެވެއެވެ.)

Verse 158

بَل رَّفَعَهُ ٱللَّهُ إِلَيْهِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا

Transliteration bal rafaʿahu l-lahu ilayhi wakāna l-lahu ʿazīzan ḥakīman

Dhivehi އަދި ކިއެއްހެއްޔެވެ؟ ﷲ تعالى އެކަލާނގެ حضرة އަށް އެކަލޭގެފާނު އުފުއްލެވީއެވެ. އަދި عزّة ވަންތަ حكمة ވަންތަކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

Verse 159

وَإِن مِّنْ أَهْلِ ٱلْكِتَـٰبِ إِلَّا لَيُؤْمِنَنَّ بِهِۦ قَبْلَ مَوْتِهِۦ ۖ وَيَوْمَ ٱلْقِيَـٰمَةِ يَكُونُ عَلَيْهِمْ شَهِيدًا

Transliteration wa-in min ahli l-kitābi illā layu'minanna bihi qabla mawtihi wayawma l-qiyāmati yakūnu ʿalayhim shahīdan

Dhivehi އަދި قيامة ވުމުގެކުރިން އެކަލޭގެފާނަށް (އެބަހީ عيسى عليه السّلام އަށް) އީމާންވެގެންނުވާ އެއްވެސް أهل كتاب އަކު ނުހުންނާނެއެވެ. (އެބަހީ އެންމެހާ يهودي ންނާއި نصارى އިން އެކަލޭގެފާނަށް އީމާންވާނެއެވެ. އެއީ ފަހުޒަމާނުގައި އެކަލޭގެފާނު ފައިބާވަޑައިގަތުމަށްފަހުގައެވެ.) އަދި قيامة ދުވަހުން އެކަލޭގެފާނު އެމީހުންގެމައްޗަށް ހެކިވެވަޑައިގަންނަވާނެއެވެ.

Verse 160

فَبِظُلْمٍ مِّنَ ٱلَّذِينَ هَادُوا۟ حَرَّمْنَا عَلَيْهِمْ طَيِّبَـٰتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ ٱللَّهِ كَثِيرًا

Transliteration fabiẓul'min mina alladhīna hādū ḥarramnā ʿalayhim ṭayyibātin uḥillat lahum wabiṣaddihim ʿan sabīli l-lahi kathīran

Dhivehi އަދި އެމީހުންގެ، އެބަހީ އެ يهودي ންގެ އަނިޔާވެރިކަމުގެ ސަބަބުން އަދި ގިނަގިނައިން އެމީހުން ﷲ ގެމަގު ބަންދު ކުރުމުގެ ސަބަބުންނާއި މިކަންކަމުގެސަބަބުން އެމީހުންނަށް حلال ވެވިގެންވާ އެތައް ރަނގަޅު އެއްޗެއް ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް حرام ކުރެއްވީމެވެ.

Verse 161

وَأَخْذِهِمُ ٱلرِّبَوٰا۟ وَقَدْ نُهُوا۟ عَنْهُ وَأَكْلِهِمْ أَمْوَٰلَ ٱلنَّاسِ بِٱلْبَـٰطِلِ ۚ وَأَعْتَدْنَا لِلْكَـٰفِرِينَ مِنْهُمْ عَذَابًا أَلِيمًا

Transliteration wa-akhdhihimu l-riba waqad nuhū ʿanhu wa-aklihim amwāla l-nāsi bil-bāṭili wa-aʿtadnā lil'kāfirīna min'hum ʿadhāban alīman

Dhivehi އަދި އެމީހުން ރިބާހިފާހެދުމުގެ ސަބަބުންނާއި އެރިބާގެ މުޢާމަލާ ވަނީ އެމީހުންނަށް مَنَعَ ވެވި ނަހީވެވިފައެވެ. -އަދި އެމީހުން بَاطِل ގޮތުގައި މީސްތަކުންގެ މުދާތައް ކެއުމުގެ ސަބަބުންނާއިއެވެ. (އެބަހީ މިހުރިހާ ކަންކަމުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުންނަށް ކުރިން حلال ވެވިގެންވީ އެތައް ރަނގަޅު އެއްޗެއް އެމީހުންގެ މައްޗަށް حرام ކުރެއްވީމެވެ.) އަދި ކާފަރުންނަށް ވޭންދެނިވި عذاب އެއް ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.

Verse 162

لَّـٰكِنِ ٱلرَّٰسِخُونَ فِى ٱلْعِلْمِ مِنْهُمْ وَٱلْمُؤْمِنُونَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ ۚ وَٱلْمُقِيمِينَ ٱلصَّلَوٰةَ ۚ وَٱلْمُؤْتُونَ ٱلزَّكَوٰةَ وَٱلْمُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ أُو۟لَـٰٓئِكَ سَنُؤْتِيهِمْ أَجْرًا عَظِيمًا

Transliteration lākini l-rāsikhūna fī l-ʿil'mi min'hum wal-mu'minūna yu'minūna bimā unzila ilayka wamā unzila min qablika wal-muqīmīna l-ṣalata wal-mu'tūna l-zakata wal-mu'minūna bil-lahi wal-yawmi l-ākhiri ulāika sanu'tīhim ajran ʿaẓīman

Dhivehi އަދި އެހެނެއްކަމަކު އެމީހުންގެތެރެއިން (އެބަހީ يهودي ންގެތެރެއިން) علم ގައި ފުނަށް ފައިބާވަޑައިގެންފައިވާ ބޭކަލުންނާއި އަދި مؤمن ން (އެބަހީ ﷲ އަށާއި އެކަލާނގެ رسول ންނަށް އީމާންވާމީހުން) ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗަށް އީމާންވެއެވެ. އަދި ކަލޭގެފާނުންގެ ކުރީގައި ބާވައިލެއްވުނު ތަކެއްޗަށްވެސް އީމާންވެއެވެ. އަދި އެމީހުން ނަމާދު قائم ކޮށް އަދި އެމީހުން ޒަކާތްދީ އަދި އެމީހުން ﷲ އަށާއި آخرة ދުވަހަށް އީމާންވާ މިސިފަތައްހުރި މިއެންމެން ދަންނައެވެ! ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުންނަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ.

Verse 163

۞ إِنَّآ أَوْحَيْنَآ إِلَيْكَ كَمَآ أَوْحَيْنَآ إِلَىٰ نُوحٍ وَٱلنَّبِيِّـۧنَ مِنۢ بَعْدِهِۦ ۚ وَأَوْحَيْنَآ إِلَىٰٓ إِبْرَٰهِيمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَـٰرُونَ وَسُلَيْمَـٰنَ ۚ وَءَاتَيْنَا دَاوُۥدَ زَبُورًا

Transliteration innā awḥaynā ilayka kamā awḥaynā ilā nūḥin wal-nabiyīna min baʿdihi wa-awḥaynā ilā ib'rāhīma wa-is'māʿīla wa-is'ḥāqa wayaʿqūba wal-asbāṭi waʿīsā wa-ayyūba wayūnusa wahārūna wasulaymāna waātaynā dāwūda zabūran

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحي ބާވައިލެއްވީ نوح عليه السّلام އަށާއި އަދި އެކަލޭގެފާނުންގެ ފަހު نبي ބޭކަލުންނަށްވެސް وحي ބާވައިލެއްވިފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ إبراهيم ގެފާނަށާއި إسماعيل ގެފާނަށާއި إسحاق ގެފާނަށާއި يعقوب ގެފާނަށާއި الأسْبَاط ންނަށާއި عيسى ގެފާނަށާއި أيّوب ގެފާނަށާއި نُونس ގެފާނަށާއި هارون ގެފާނަށާއި އަދި سُلَيْمَان ގެފާނަށާއި (عليهم السّلام) މިއެންމެ ބޭކަލުންގެ މައްޗަށް وحي ބާވައިލެއްވީމެވެ. އަދި داؤد (عليه السّلام) އަށް ތިމަންރަސްކަލާނގެ زَبُور ދެއްވީމެވެ.

Verse 164

وَرُسُلًا قَدْ قَصَصْنَـٰهُمْ عَلَيْكَ مِن قَبْلُ وَرُسُلًا لَّمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ ٱللَّهُ مُوسَىٰ تَكْلِيمًا

Transliteration warusulan qad qaṣaṣnāhum ʿalayka min qablu warusulan lam naqṣuṣ'hum ʿalayka wakallama l-lahu mūsā taklīman

Dhivehi އަދި އެހެން رسول ބޭކަލުންނަށްވެސް (ތިމަންރަސްކަލާނގެ وحي ބާވައިލެއްވީމެވެ.) އެބޭކަލުންގެ ވާހަކަތައް މީގެކުރިން ކަލޭގެފާނަށް ތިމަންރަސްކަލާނގެ އަންގަވައި ދެއްވާފައިވާ، އަދި އެބޭކަލުންގެ ވާހަކަތައް ކަލޭގެފާނަށް ތިމަންރަސްކަލާނގެ އަންގަވައި ދެއްވާފައިނުވާ رسولُ ންނަށްވެސް (وحي ބާވައިލެއްވީމެވެ.) އަދި ކަނޑައެޅިގެން ﷲ تعالى موسى عليه السّلام އަށް ބަސްފުޅު وحي ކުރެއްވިއެވެ. ވާހަކަފުޅު ދައްކަވާ ހެއްދެވިއެވެ.)

Verse 165

رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةٌۢ بَعْدَ ٱلرُّسُلِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا

Transliteration rusulan mubashirīna wamundhirīna li-allā yakūna lilnnāsi ʿalā l-lahi ḥujjatun baʿda l-rusuli wakāna l-lahu ʿazīzan ḥakīman

Dhivehi އެ رسول ބޭކަލުން ތިމަންރަސްކަލާނގެ ފޮނުއްވީ (ކިޔަމަންގަތް އަޅުންނަށް ސުވަރުގޭގެ ވާހަކައިން) އުފާވެރިކަމުގެ خبر ދެއްވާ އަދި (ނުކިޔަމަންތެރިވީމީހުންނަށް ނަރަކައިގެ ވާހަކައިން) ބިރުގަންނަވާ ބޭކަލުންގެގޮތުންނެވެ. އެއީ رسول ބޭކަލުން ފޮނުއްވުމަށްފަހު ﷲ تعالى ގެ މައްޗަށް މީސްތަކުންދައްކާނޭ އެއްވެސް حجّة އެއް ނުއޮތުމަށްޓަކައެވެ. (عُذْر އެއް ނުއޮތުމަށްޓަކައެވެ.) އަދި عزّة ވަންތަ حكمة ވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

Verse 166

لَّـٰكِنِ ٱللَّهُ يَشْهَدُ بِمَآ أَنزَلَ إِلَيْكَ ۖ أَنزَلَهُۥ بِعِلْمِهِۦ ۖ وَٱلْمَلَـٰٓئِكَةُ يَشْهَدُونَ ۚ وَكَفَىٰ بِٱللَّهِ شَهِيدًا

Transliteration lākini l-lahu yashhadu bimā anzala ilayka anzalahu biʿil'mihi wal-malāikatu yashhadūna wakafā bil-lahi shahīdan

Dhivehi އެހެނެއްކަމަކު ﷲ تعالى އެކަލާނގެ ކަލޭގެފާނަށް ބާވައިލައްވާތަކެއްޗަށް ހެކިވެވޮޑިގަންނަވައެވެ. އެކަލާނގެ އެތަކެތި ބާވައިލައްވާފައިވަނީ ހަމަ ދެނެވޮޑިގަތުމާ އެކުގައެވެ. އަދި ملائكة ބޭކަލުންވެސް އެކަމަށް ހެކިވެވަޑައި ގަންނަވައެވެ. (އެހެންވީއިރު ކާފަރުންގެމީހުން އެ قرآن ދޮގުކޮށް އެއީ ކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވި އެއްޗެކޭކިޔަސް އެކަމާ ހިތާމަފުޅު ނުކުރައްވާށެވެ.) އެކަމަށް ހެކިވެވޮޑިގަންނަވާ ކަލަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ.

Verse 167

إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ قَدْ ضَلُّوا۟ ضَلَـٰلًۢا بَعِيدًا

Transliteration inna alladhīna kafarū waṣaddū ʿan sabīli l-lahi qad ḍallū ḍalālan baʿīdan

Dhivehi ހަމަކަށަވަރުން ކާފަރުވީ މީސްތަކުން އަދި އެމީހުން ﷲ ގެމަގު ބަންދުކޮށް - އެބަހީ إسلام دين އަށް މީސްތަކުން ވަނަނުދީ ބަންދުކޮށް ހިފަހައްޓާމީހުން ހަމަކަށަވަރުން އެމީހުން ވަރަށް ބޮޑު މަގުފުރެދުމަކުން މަގުފުރެދި އަވަދިވެއްޖެއެވެ.

Verse 168

إِنَّ ٱلَّذِينَ كَفَرُوا۟ وَظَلَمُوا۟ لَمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا

Transliteration inna alladhīna kafarū waẓalamū lam yakuni l-lahu liyaghfira lahum walā liyahdiyahum ṭarīqan

Dhivehi ހަމަކަށަވަރުން ކާފަރުވީ މީސްތަކުން އަދި އެމީހުން އަނިޔާވެރިވި މީސްތަކުން (ދަންނައެވެ!) އެމީހުންނަށް ފާފަފުއްސަވާނެ ކަލަކުކަމުގައި ﷲ ވޮޑިގެންނުވެއެވެ. އަދި އެމީހުންނަށް (ސުވަރުގެއަށް واصل ވެވޭނެ) އެއްވެސް މަގެއް ދައްކަވާނެ ކަލަކުކަމުގައިވެސް އެކަލާނގެ ވޮޑިގެން ނުވެއެވެ.

Verse 169

إِلَّا طَرِيقَ جَهَنَّمَ خَـٰلِدِينَ فِيهَآ أَبَدًا ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا

Transliteration illā ṭarīqa jahannama khālidīna fīhā abadan wakāna dhālika ʿalā l-lahi yasīran

Dhivehi ހަމައެކަނި ނަރަކައިގެ މަގު މެނުވީއެވެ. (އެކަލާނގެ އެމީހުންނަށް ދައްކަވާނެ މަގަކީ ނަރަކައިގެ މަގެވެ.) އެމީހުން އަބަދާ އަބަދު އެތާ ދެމިތިބޭގޮތަށެވެ. އަދި އެކަމަކީ ﷲ އަށް ދާދިފަސޭހަކަމެއް ކަމުގައިވިއެވެ.

Verse 170

يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلرَّسُولُ بِٱلْحَقِّ مِن رَّبِّكُمْ فَـَٔامِنُوا۟ خَيْرًا لَّكُمْ ۚ وَإِن تَكْفُرُوا۟ فَإِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا

Transliteration yāayyuhā l-nāsu qad jāakumu l-rasūlu bil-ḥaqi min rabbikum faāminū khayran lakum wa-in takfurū fa-inna lillahi mā fī l-samāwāti wal-arḍi wakāna l-lahu ʿalīman ḥakīman

Dhivehi އޭ މީސްތަކުންނޭވެ! ކަލޭމެންގެ ربّ ގެ حضرة ން حقّ އާއިގެން މާތްވެގެންވާ رسول އާ محمّد ﷺ ހަމަކަށަވަރުން ކަލޭމެންގެ ގާތަށް ވަޑައިގެންފިއެވެ. ފަހެ ކަލޭމެން (އެކަލޭގެފާނާއި އެކަލޭގެފާނު ގެންނެވި ތަކެތި ތެދުކޮށް އެއަށް إيمان ވާށެވެ!) އެއީ ކަލޭމެނަށް ހެވެވެ. އަދި ކަލޭމެން އީމާންނުވެ ކާފަރުވިޔަސް (އެކަމުން ﷲ އަށް އެއްވެސް ދެރަކަމެއް އުނިކަމެއް ނުވެއެވެ. ގެއްލުމާއި ހަލާކު ހުރީ ހަމަ ކަލޭމެނަށެވެ.) އެހެނީ ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާ ތަކެތި مِلْكُ ވެ خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި އެކަލާނގެ ވޮޑިގެންވަނީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލަކު ކަމުގައެވެ.

Verse 171

يَـٰٓأَهْلَ ٱلْكِتَـٰبِ لَا تَغْلُوا۟ فِى دِينِكُمْ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ إِنَّمَا ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلْقَىٰهَآ إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦ ۖ وَلَا تَقُولُوا۟ ثَلَـٰثَةٌ ۚ ٱنتَهُوا۟ خَيْرًا لَّكُمْ ۚ إِنَّمَا ٱللَّهُ إِلَـٰهٌ وَٰحِدٌ ۖ سُبْحَـٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٌ ۘ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَكَفَىٰ بِٱللَّهِ وَكِيلًا

Transliteration yāahla l-kitābi lā taghlū fī dīnikum walā taqūlū ʿalā l-lahi illā l-ḥaqa innamā l-masīḥu ʿīsā ub'nu maryama rasūlu l-lahi wakalimatuhu alqāhā ilā maryama warūḥun min'hu faāminū bil-lahi warusulihi walā taqūlū thalāthatun intahū khayran lakum innamā l-lahu ilāhun wāḥidun sub'ḥānahu an yakūna lahu waladun lahu mā fī l-samāwāti wamā fī l-arḍi wakafā bil-lahi wakīlan

Dhivehi އޭ أَهْلُ كِتَابُ ންނޭވެ! (އޭ يهودي ންނާއި نصارى އިންނެވެ!) ކަލޭމެންގެ دين ގައި ކަލޭމެން غُلُوُّ ނުކުރާށެވެ! (مدح ކިއުމުގައި ހައްދުފަހަނަޅައިގެން ނުދާށެވެ!- عيسى عليه السّلام މާތްކުރަމުންގޮސް އެއީ ﷲ ގެ ދަރިކަލުންނޭ ނުކިޔާށެވެ! އަދި عُزَيْرُ ގެފާނަކީ ﷲ ގެ ދަރިކަލުންނޭ ނުކިޔާށެވެ! އެއީ އެ ދެބޭކަލުންނާމެދު يهودي ންނާއި نصارى އިން ކިޔާގޮތެވެ.) އަދި ﷲ އާއިމެދު ކަލޭމެން حقّ ބަހެއް މެނުވީ ނުބުނާށެވެ! ހަމަކަށަވަރުން مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام އަކީ الْمَسِيْحُ އެވެ. އެއީ ﷲ ގެ رَسول އާއެވެ. އަދި އެއީ مريم ގެފާނަށް " عيسى ގެފާނުވާށޭ އެންގެވި كُنْ މި كلمة އެވެ. އަދި އެކަލާނގެ حضرة ންވާ روح އެވެ. ފަހެ ކަލޭމެން ﷲ އަށާއި އެކަލާނގެ رسول ންނަށް އީމާންވާށެވެ! ތެދުކުރާށެވެ! އަދި (ﷲ އެއީ) ތިނަކުންތިންވަނައޭނުބުނާށެވެ! (އެމީހުން ކިޔާގޮތުން إله އަކީ ﷲ سبحانه وتعالى އާއި مريم ގެފާނާއި الْمَسِيْحُ އެވެ. - تعالى ﷲ عن مَا يقولون علوًّا كَبِيْرًا) ކަލޭމެން އެހެން ބުނުމުން ހުއްޓައިލާށެވެ! އެގޮތް ކަލޭމެންނަށް ހެޔޮވެގެންވެއެވެ. ﷲ ވާކަން ކަށަވަރީ އެއްކައުވަންތަ ހަމަ އެންމެ إله އެއް ކަމުގައެވެ. އެކަލާނގެއަށް ދަރިކަލަކު ވުމުން އެކަލާނގެ ހުސް طاهر ވަންތަވެ ވޮޑިގެންވެއެވެ. އުޑުތަކާއި ބިމުގައި ވާހާތަކެތި مِلْكُ ވެ خاصّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. (ހުރިހާ ތަކެތި ރައްކާތެރިކުރައްވާ ކަލަކުކަމުގައި) ﷲ ފުދިވޮޑިގެންވެއެވެ.

Verse 172

لَّن يَسْتَنكِفَ ٱلْمَسِيحُ أَن يَكُونَ عَبْدًا لِّلَّهِ وَلَا ٱلْمَلَـٰٓئِكَةُ ٱلْمُقَرَّبُونَ ۚ وَمَن يَسْتَنكِفْ عَنْ عِبَادَتِهِۦ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعًا

Transliteration lan yastankifa l-masīḥu an yakūna ʿabdan lillahi walā l-malāikatu l-muqarabūna waman yastankif ʿan ʿibādatihi wayastakbir fasayaḥshuruhum ilayhi jamīʿan

Dhivehi الْمَسِيْحُ يعني: عيسى (عليه السّلام) އެއީ ﷲ ގެ އަޅަކަށްވުމަކަށް އެކަލޭގެފާނު ރުހިވަޑައިނުގެން ނުވެއެވެ. އެކަމަށް نفرت ވެވަޑައިގެން كبر ވެރިވެވަޑައިގެން ނުވެއެވެ. އަދި ކުއްތަންވެގެންވާ ملائكة ބޭކަލުންވެސް ﷲ ގެ އަޅުންނަށްވުމަށް نفرت ވެވަޑައިގެން ބޮޑާވެވަޑައި ނުގަންނަވައެވެ. އަދި އެކަލާނގެއަށް އަޅުކަންކުރުމާމެދު ނުރުހި كِبْرُ ވެރިވެ ބޮޑާވެއްޖެ ކޮންމެ މީހަކު (ދަންނައެވެ!) ފަހެ ނިކަން ހުރެ އެކަލާނގެ އެ އެންމެން އެކީއެކަށް އެކަލާނގެ حضرة އަށް ޖަމާކުރައްވާ އެއްކުރައްވާ ހުއްޓެވެ.

Verse 173

فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُوَفِّيهِمْ أُجُورَهُمْ وَيَزِيدُهُم مِّن فَضْلِهِۦ ۖ وَأَمَّا ٱلَّذِينَ ٱسْتَنكَفُوا۟ وَٱسْتَكْبَرُوا۟ فَيُعَذِّبُهُمْ عَذَابًا أَلِيمًا وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّا وَلَا نَصِيرًا

Transliteration fa-ammā alladhīna āmanū waʿamilū l-ṣāliḥāti fayuwaffīhim ujūrahum wayazīduhum min faḍlihi wa-ammā alladhīna is'tankafū wa-is'takbarū fayuʿadhibuhum ʿadhāban alīman walā yajidūna lahum min dūni l-lahi waliyyan walā naṣīran

Dhivehi ފަހެ އީމާންވެގެން صالح عمل ކުރިމީހުން (ދަންނައެވެ!) ފަހެ އެކަލާނގެ އެމީހުންނަށް އެމީހުންގެ ދަރުމަ ފުރިހަމަކުރައްވައި އަދި އެކަލާނގެ فضل ވަންތަކަމުގެތެރެއިން އެމީހުންނަށް އިތުރުކޮށްދެއްވާހުއްޓެވެ. އަދި (އެކަލާނގެއަށް އަޅުކަންކުރުމަށް) ބޮޑާވެ كِبْرُ ވެރިވެ ނުރުހިއްޖެމީހުން (ދަންނައެވެ!) ފަހެ އެކަލާނގެ އެމީހުންނަށް ވޭންދެނިވި عذاب އަކުން عذاب ދެއްވާހުއްޓެވެ. އަދި ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވިޔަސް އަދި نصر ވެރިއަކުވިޔަސް އެމީހުންނަށް ވާތީ އެމީހުން ނުދެކޭނެއެވެ.

Verse 174

يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُم بُرْهَـٰنٌ مِّن رَّبِّكُمْ وَأَنزَلْنَآ إِلَيْكُمْ نُورًا مُّبِينًا

Transliteration yāayyuhā l-nāsu qad jāakum bur'hānun min rabbikum wa-anzalnā ilaykum nūran mubīnan

Dhivehi އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ ربُّ ގެ حضرة ން ކަލޭމެންނަށް حجّة އެއް - دليل އެއް އަތުވެއްޖެއެވެ. (އެއީ محمّد ﷺ އެވެ.) އަދި ތިމަންރަސްކަލާނގެ ކަލޭމެންގެގާތަށް بيان ވެގެންވާ نور އެއް ބާވައިލެއްވީމެވެ. (އެއީ ކީރިތި قرآن އެވެ.)

Verse 175

فَأَمَّا ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَٱعْتَصَمُوا۟ بِهِۦ فَسَيُدْخِلُهُمْ فِى رَحْمَةٍ مِّنْهُ وَفَضْلٍ وَيَهْدِيهِمْ إِلَيْهِ صِرَٰطًا مُّسْتَقِيمًا

Transliteration fa-ammā alladhīna āmanū bil-lahi wa-iʿ'taṣamū bihi fasayud'khiluhum fī raḥmatin min'hu wafaḍlin wayahdīhim ilayhi ṣirāṭan mus'taqīman

Dhivehi އަދި ﷲ އަށް އީމާންވެ އަދި އެކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަތްމީހުން (އެބަހީ قرآن ގައިވާގޮތަށް عمل ކުރިމީހުން) ފަހެ ނިކަންހުރެ އެކަލާނގެ حضرة ންވާ رحمة އާއި ސުވަރުގެއަށާއި އަދި އެކަލާނގެ فضل ވަންތަކަމަށް އެމީހުންނަށް އެކަލާނގެ މަގުދައްކަވާނެއެވެ. އަދި އެކަލާނގެ حضرة އަށްވާ ސީދާ ތެދުމަގަށް އެކަލާނގެ އެމީހުންނަށް މަގުދައްކަވާހުއްޓެވެ. (އެއީ إسلام دين ގެ ތެދުމަގަށެވެ.)

Verse 176

يَسْتَفْتُونَكَ قُلِ ٱللَّهُ يُفْتِيكُمْ فِى ٱلْكَلَـٰلَةِ ۚ إِنِ ٱمْرُؤٌا۟ هَلَكَ لَيْسَ لَهُۥ وَلَدٌ وَلَهُۥٓ أُخْتٌ فَلَهَا نِصْفُ مَا تَرَكَ ۚ وَهُوَ يَرِثُهَآ إِن لَّمْ يَكُن لَّهَا وَلَدٌ ۚ فَإِن كَانَتَا ٱثْنَتَيْنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَ ۚ وَإِن كَانُوٓا۟ إِخْوَةً رِّجَالًا وَنِسَآءً فَلِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۗ يُبَيِّنُ ٱللَّهُ لَكُمْ أَن تَضِلُّوا۟ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۢ

Transliteration yastaftūnaka quli l-lahu yuf'tīkum fī l-kalālati ini im'ru-on halaka laysa lahu waladun walahu ukh'tun falahā niṣ'fu mā taraka wahuwa yarithuhā in lam yakun lahā waladun fa-in kānatā ith'natayni falahumā l-thuluthāni mimmā taraka wa-in kānū ikh'watan rijālan wanisāan falildhakari mith'lu ḥaẓẓi l-unthayayni yubayyinu l-lahu lakum an taḍillū wal-lahu bikulli shayin ʿalīmun

Dhivehi (އޭ رسول ﷲ އެވެ!) كلالة އާއިމެދު އެމީހުން ކަލޭގެފާނާއި ސުވާލުކޮށް فَتْوَى އަހާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. كلالة އާއިމެދު ﷲ ކަލޭމެނަށް فَتْوَى ދެއްވައެވެ. އެއީ މީހަކު މަރުވިއިރު އެމީހާއަށް ދަރިއަކު އަދި ބަފަޔަކުވެސް ނެތް މީހާއެވެ. އަދި އޭނާއަށް أُخْت އެއްވާ މީހާއެވެ. (ދުނިޔޭގައިހުރީ މައްޔިތާގެ أُخْت އެކެވެ.) ފަހެ އެހެންކަމަށްވަންޏާ އެމައްޔިތާގެ ތަރިކަ މުދަލުން ދެބައިކުޅަ އެއްބައި އެ أُخْت އަށް ދޭށެވެ. އަދި އެ أُخْت މަރުވާއިރު އޭނާގެ أخ ހުރި ނަމަ އެ أُخْت ގެ މުދާ އެ أخ ވާރުތަކުރާނެއެވެ. އެއީ އެ أُخْت އަށް ދަރިއަކު ނުވަންޏާއެވެ.\nދެންފަހެ مَيّت އާގެ ދެ أُخْت ން ދުނިޔޭގައިތިބިނަމަ އެ ދެކުދިންނަށް މުދަލުގެ ތިންބައިކުޅަ ދެބައެވެ. (ދެ أُخْت ންގެ މެދުގައި ބެހުމަށެވެ.) އަދި مَيّت އާގެ ގިނަ أخ ންނާއި ގިނަ أُخْت ން ތިބިއްޔާ ކޮންމެ ފިރިހެނަކަށް ދެއަންހެނުންނަށްވާ ވަރެވެ. ދެބައެވެ. ފަހެ ﷲ سبحانه وتعالى ތަރިކަމުދާ ބަހާގޮތް ކަލޭމެނަށް تفصيل ކޮށް بيان ކޮށްދެއްވަނީ އެކަމުގައި ކަލޭމެން މަގު ނުފުރެދުމަށްޓަކައެވެ. އަދި ހުރިހާކަމެއް އަދި ހުރިހާ އެއްޗެއް ﷲ ދެނެވޮޑިގެންވެއެވެ. (ﷲ އީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލާނގެއެވެ.)

Read Surah An-Nisa in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.