MyDugsiStart learning

Surah Al-Fatihah in Dhivehi: translation and audio

Surah 1 · الفاتحة · The Opener · 7 verses

Surah Al-Fatihah verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Fatihah word by word in English.

Verse 1

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ

Transliteration bis'mi l-lahi l-raḥmāni l-raḥīmi

Dhivehi ފުރަތަމަ أَعُوذُ ގެމާނަ: ހެޔޮކަމާދުރުވެގެންވާ އަދި لَعْنَة ލެއްވި ފައްސައިލެވިގެންވާ شيطان އާގެ ފަރާތުން ސަލާމަތްވެ ރައްކާތެރިވުމަށް ﷲ ގެ حضرة ން މިއަޅާ حماية އާއި ރައްކާތެރިކަން ލިބިގަންނަމެވެ. ﷲ ގެ ނަންފުޅުން އަޅުފަށަމެވެ. އެކަލާނގެއީ އެންމެހައި خلق ތަކުންނަށް عامّ ކޮށް ދުނިޔޭގައި رحمة ލައްވާ ކަލާނގެއެވެ. އަދި މުއުމިނު އަޅުތަކުންނަށް قيامة ދުވަހުން خاصّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ.

Verse 2

ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ

Transliteration al-ḥamdu lillahi rabbi l-ʿālamīna

Dhivehi އެންމެހައި تَعْرِيف އާއި ثَنَاء خاصّ ވެ މިލްކުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ عالم ތައް ހައްދަވާބޮޑުކުރައްވާ އެތަކެތި ތަރްބިއްޔަތު ކުރައްވާ އެތަކެތީގެވެރި ކަލާނގެއެވެ. (عَالَم ތަކަކީ ﷲ ފިޔަވައި ދެންހުރި ހުރިހާއެއްޗެކެވެ. والله أعلم)

Verse 3

ٱلرَّحْمَـٰنِ ٱلرَّحِيمِ

Transliteration al-raḥmāni l-raḥīmi

Dhivehi އެކަލާނގެއީ އެންމެހައި خلق ތަކުންނަށް عامّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ. އަދި މުއުމިނުތަކުންނަށް قيامة ދުވަހުން خاصّ ގޮތެއްގައި رحمة ލައްވާ ކަލާނގެއެވެ.

Verse 4

مَـٰلِكِ يَوْمِ ٱلدِّينِ

Transliteration māliki yawmi l-dīni

Dhivehi އެކަލާނގެއީ عمل ތަކަށް ހިސާބުބައްލަވާ ޖަޒާދެއްވާ ދުވަހުގެ ވެރިކަލާނގެއެވެ.

Verse 5

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

Transliteration iyyāka naʿbudu wa-iyyāka nastaʿīnu

Dhivehi (އަޅަމެންގެ رَبُّއެވެ.) އަޅަމެން އަޅުކަންކުރަނީ (އަދިކުރާނީވެސް) އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ (އަދިއެދޭނީވެސް) ހަމަ އިބަރަސްކަލާނގެ حضرة ންނެވެ.

Verse 6

ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ

Transliteration ih'dinā l-ṣirāṭa l-mus'taqīma

Dhivehi އަޅަމެނަށް ސީދާވެގެންވާ ތެދުމަގު ދައްކަވާނދޭވެ.

Verse 7

صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ

Transliteration ṣirāṭa alladhīna anʿamta ʿalayhim ghayri l-maghḍūbi ʿalayhim walā l-ḍālīna

Dhivehi އެއީ އިބަރަސްކަލާނގެ އެބޭބޭކަލުންނަށް نعمة ލެއްވި (ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނާއި ޝަހީދުންނާއި صدّيق ންފަދަ) ބޭބޭކަލުންގެ މަގެވެ. އަދި (ޔަހޫދީންފަދައިން) ކޯފާލެއްވުނު މީހުންގެ މަގެއްނޫނެވެ. އަދި (نصارى އިންފަދައިން) މަގުފުރެދުނުމީހުންގެ މަގެއްވެސްނުމެނޫންމެއެވެ.\n• ދަންނައެ! آمين މިކަލިމައަކީ الحمد ގެ ބައެއްނޫނެވެ. އެއީ خاصّ دعاء އެކެވެ. އޭގެ މާނައަކީ އަޅަމެންގެ دعاء އިޖާބަކުރައްވާނދޭވެ. މިއެވެ.\n• أَعُوذ އާއި بِسْم އާއި އަދި الحمد ގައި އެކުލެވިގެންވާ ބައެއް ކަލިމައާއިމެދު تفسير علم ވެރިން ދައްކަވާފައިވާ ދިގު تَفْصِيل ވާހަކައާއި إِخْتِلاَفُ މިކުޑަކުޑަ ތަރުޖަމާއަށް އުފުލައިގަނެވޭވަރު ނުވާތީއެވާހަކަތައް ﷲ توفيق ދެއްވި އެހެން ވަގުތެއްގައި ކޮންމެވެސް މިންވަރަކަށް بيان ކޮށްދިނުމުގެ قصد ގައި އިހަށް ބޭއްވީއެވެ. އެވާހަކަތައް އަޅުގަނޑުމެންނަށް ބަޔާންކޮށްދެވޭތޯ ޤަލަމްކޮޅުތައް حركات ކުރެއްވި ބޭބޭކަލުންނަށް ﷲ ހެޔޮ رحمة އާއި މާތް ދަރަޖަދެއްވާނދޭވެ! އަޅަމެން އޭގައި شامل ކުރައްވާނދޭވެ! آمين آمين آمين

Read Surah Al-Fatihah in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.