MyDugsiStart learning

Surah Al-A'raf in Dhivehi: translation and audio

Surah 7 · الأعراف · The Heights · 206 verses

Surah Al-A'raf verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-A'raf word by word in English.

Verse 1

الٓمٓصٓ

Transliteration alif-lam-meem-sad

Dhivehi الٓمٓصٓ މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އެޔާއެކުވެސް ބައެއް عالم ން ވިދާޅުވިއެވެ. އޭގެ މާނައީ: أَنَا ﷲ أَفْضَلُ މިއެވެ. މީގެ މާނައީ ތިމަންރަސްކަލާނގެއީ ﷲ އެވެ. އެންމެ މާތްވަންތަ ކަލާނގެއެވެ. ނުވަތަ އެއީ ﷲ ގެ ނަންފުޅެކެވެ. ނުވަތަ އެއީ قرآن ގެ ނަމެކެވެ. އަދި އެހެން ގޮތްގޮތަށް ކިއިފައިވެއެވެ. والله أعلم.

Verse 2

كِتَـٰبٌ أُنزِلَ إِلَيْكَ فَلَا يَكُن فِى صَدْرِكَ حَرَجٌ مِّنْهُ لِتُنذِرَ بِهِۦ وَذِكْرَىٰ لِلْمُؤْمِنِينَ

Transliteration kitābun unzila ilayka falā yakun fī ṣadrika ḥarajun min'hu litundhira bihi wadhik'rā lil'mu'minīna

Dhivehi (އޭ رسول ﷲ އެވެ!) މިއީ ކަލޭގެފާނަށް ބާވައިލެއްވޭ ފޮތެކެވެ. އެބަހީ މި قرآن އަކީ ﷲ ކަލޭގެފާނަށް ބާވައިލައްވާ ފޮތެކެވެ. އެޔާމެދު ކަލޭގެފާނުންގެ ހިތްޕުޅުގައި އެއްވެސް ދަތިކަމެއް ނުވާހުށިކަމެވެ! އެއްވެސް ޝައްކެއްނުވާހުށިކަމެވެ. އެއީ އެފޮތުން ކަލޭގެފާނު إنذار ކުރެއްވުމަށެވެ. އަދި އެއީ مؤمن ންނަށްވާ ذكراى އެކެވެ. وعظ އާއި نصيحة އެކެވެ.

Verse 3

ٱتَّبِعُوا۟ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۗ قَلِيلًا مَّا تَذَكَّرُونَ

Transliteration ittabiʿū mā unzila ilaykum min rabbikum walā tattabiʿū min dūnihi awliyāa qalīlan mā tadhakkarūna

Dhivehi (އޭ މީސްތަކުންނޭވެ!) ކަލޭމެންނަށް ކަލޭމެންގެ ربّ ގެ حضرة ން ބާވައިލެއްވޭ ތަކެއްޗާއި ކަލޭމެން تبع ވާށެވެ! އަދި އެކަލާނގެ ފިޔަވައި އެހެނިހެން ولِىُّ ންނާއި تبع ނުވާށެވެ. އެބަހީ އެކަލާނގެ ފިޔަވައި އެހެނިހެންސަހަރޯވެރިންގެ ނުބައި އަދި شرك ގެ عمل ތަކާއި ކަލޭމެން تبع ނުވާށެވެ! ކަލޭމެން وعظ އާއި عبرة ލިބިގަންނަނީ ދާދިމަދުންނެވެ. * (ދަންނައެވެ! تفسير قرطبى ގައި އެކަލޭގެފާނު ވިދާޅުވެފައި ވަނީ ރަސޫލާގެންނެވި ﷲގެ ދީނަށް ކަލޭމެން ތަބާ ވާށެވެ! އަދި އެކިއެކި މަޒްހަބުތަކާއި ތަބާ ނުވާށެވެ! އެކަލޭގެފާނު ވިދާޅު ވަނީ އެހެނިހެން ސަހަރޯ ވެރިންގެ މުރާދަކީ މިއާޔަތުގައި ހަމަ ސީދާ މަޒްހަބުތަކުގެ ވެރިންކަމުގައެވެ. ވީއިރު މަޒްހަބަށް ތަބާ ނުވުމަށް މިވަނީ ޤުރްއާނުގައި އަމުރުކުރައްވާފައެވެ. މިހެންމިކަން ހުރިއިރުވެސް ﷲ ގެއަމުރުފުޅެއް އަދި ރަސޫލުގެ އަމުރުފުޅެއް ނެތިވެސް އަހުރެމެން މަޒުހަބުގެނަމުގައި އަޅުކަންކުރުމީ އަދި ކުރަންއެންގުމީ ހިތާމަހުރިކަމެކެވެ. އެއަޅުކަން ބަލައިގަންނާނީ ކާކުބާވައެވެ؟......)

Verse 4

وَكَم مِّن قَرْيَةٍ أَهْلَكْنَـٰهَا فَجَآءَهَا بَأْسُنَا بَيَـٰتًا أَوْ هُمْ قَآئِلُونَ

Transliteration wakam min qaryatin ahlaknāhā fajāahā basunā bayātan aw hum qāilūna

Dhivehi އަދި ތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައް ކިތައް ރަށްހެއްޔެވެ؟ (މިހެނީ އެމީހުން ތިމަންރަސްކަލާނގެއާއި ތިމަންރަސްކަލާނގެ رسول ންނާއި އަދި އެބޭކަލުން ގެންނެވިތަކެތި ދޮގުކުރުމުގެ ސަބަބުން ވަރަށްގިނަ ރަށްރަށް ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.) ފަހެ އެމީހުން ކުރި ފާފައިގެ ސަބަބުން ތިމަންރަސްކަލާނގެ عقوبة އެމީހުންނަށް އައީ އެމީހުން ނިދާފައިތިއްބާ ރޭގަނޑުއެވެ. ނުވަތަ މެންދުރު އެމީހުން ނިދާލާ ވަގުތުއެވެ.

Verse 5

فَمَا كَانَ دَعْوَىٰهُمْ إِذْ جَآءَهُم بَأْسُنَآ إِلَّآ أَن قَالُوٓا۟ إِنَّا كُنَّا ظَـٰلِمِينَ

Transliteration famā kāna daʿwāhum idh jāahum basunā illā an qālū innā kunnā ẓālimīna

Dhivehi ދެންފަހެ ތިމަންރަސްކަލާނގެ عقوبة އެމީހުންނަށް އައިހިނދުން "ހަމަކަށަވަރުން ތިމަންނާމެންވީ އަނިޔާވެރިން ކަމުގައެވެ. مشرك ންކަމުގައެވެ." މިހެން އެމީހުން ބުނުންކަމުގައި މެނުވީ ނުވެއެވެ. (އެމީހުންގެ އެހެން އެއްވެސް عُذْر އެއް دليل އެއްނެތެވެ. ބަހަނާއެއްނެތެވެ.)

Verse 6

فَلَنَسْـَٔلَنَّ ٱلَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْـَٔلَنَّ ٱلْمُرْسَلِينَ

Transliteration falanasalanna alladhīna ur'sila ilayhim walanasalanna l-mur'salīna

Dhivehi ފަހެ ހަމަކަށަވަރުން رسول ން ފޮނުއްވުނު މީހުންނާއިމެދު ތިމަންރަސްކަލާނގެ ސުވާލުކުރައްވާނެކަން ކަށަވަރެވެ. (އެބަހީ: رسول ބޭކަލުން އެބައެއްގެގާތަށް ފޮނުވުނު އެންމެންނާއި قيامة ދުވަހުން ސުވާލުކުރައްވާހުށީމެވެ. އެމީހުން ތިމަންރަސްކަލާނގެ أمر އާއި نهى އާއިމެދު ކަންތައްތައް ކުރީ ކޮންގޮތަކަށްތޯ ސުވާލުކުރާހުށީމެވެ. އަދި އެކަންކަމަށް جزاء ދެއްވާހުށީމެވެ.) އަދި ހަމަކަށަވަރުން رسول ބޭކަލުންނާއި ސުވާލުކުރައްވާހުށީމެވެ. އެބޭކަލުން رسول ކަން އިއްވެވިތޯ ނުވަތަ ނޫންތޯ މިހުރިހާ ގޮތްގޮތަކަށް ސުވާލުކުރައްވާހުށީމެވެ.\n* ދަންނައެވެ. ހުރިހާކަމެއް އެކަލާނގެދެނެވޮޑިގަތުމާއެކުވެސް އެދުވަހުން އެސުވާލުތައް އެކަލާނގެ އެފަރާތްތަކާއި އެކުރައްވާނީ އަޅުތަކުން އެކަންކަމަށް إعْتِرَافُ އެމީހުންގެ މައްޗަށް حُجَّة قَائِمُ ކުރެއްވުމަށެވެ. އެމީހުންގެ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެން ނުވާތީއެއްނޫނެވެ.

Verse 7

فَلَنَقُصَّنَّ عَلَيْهِم بِعِلْمٍ ۖ وَمَا كُنَّا غَآئِبِينَ

Transliteration falanaquṣṣanna ʿalayhim biʿil'min wamā kunnā ghāibīna

Dhivehi އަދި ހަމަކަށަވަރުން އެމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމައަށް ދެނެވޮޑިގަތުމާއިއެކު އެންމެހައި ވާހަކަތައް އަދި خبر ތައް އަންގަވާހުށީމެވެ. އަދި އެމީހުންގެ ކަންކަމަށް غائب ވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވެއެވެ. (އެމީހުން عمل ކުރަމުންދާއިރު އެކަންކަން ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ.)

Verse 8

وَٱلْوَزْنُ يَوْمَئِذٍ ٱلْحَقُّ ۚ فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

Transliteration wal-waznu yawma-idhin l-ḥaqu faman thaqulat mawāzīnuhu fa-ulāika humu l-muf'liḥūna

Dhivehi އަދި (قيامة ދުވަހުން) މީސްތަކުންގެ عمل ތައް ވަޒަންކުރައްވާ حساب ބެއްލެވުމަކީ ހަމަ حقّ ކަމެކެވެ. އެއީ ކޮންމެހެން އޮންނާނެ ކަމެކެވެ. (އެކަމަށް އީމާންވުމަކީ واجب ކަމެކެވެ.) ފަހެ އެމީހެއްގެ ހެޔޮކަމުގެ مِيْزَان ބަރުވެއްޖެމީހާ (ދަންނައެވެ!) ފަހެ އެމީހުން އެއީ ކާމިޔާބުވެ (ސުވަރުގޭގެ) ނަސީބުލިބުނު ނަސީބުވެރިންނެވެ.

Verse 9

وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُم بِمَا كَانُوا۟ بِـَٔايَـٰتِنَا يَظْلِمُونَ

Transliteration waman khaffat mawāzīnuhu fa-ulāika alladhīna khasirū anfusahum bimā kānū biāyātinā yaẓlimūna

Dhivehi އަދި އެމީހެއްގެ (ހެޔޮކަމުގެ) مِيْزَان ލުއިވެއްޖެ މީހާ (ދަންނައެވެ!) ފަހެ އެމީހުން އެއީ އެމީހުންގެ ނަފުސުތައް ގެއްލުވައިލައި ހަލާކު ކުރި މީހުންނެވެ. އެއީ އެމީހުން ތިމަންރަސްކަލާނގެ އާޔަތްތަކަށް އަނިޔާވެރިވެ ދެކޮޅުހެދުމުގެ ސަބަބުންނެވެ.

Verse 10

وَلَقَدْ مَكَّنَّـٰكُمْ فِى ٱلْأَرْضِ وَجَعَلْنَا لَكُمْ فِيهَا مَعَـٰيِشَ ۗ قَلِيلًا مَّا تَشْكُرُونَ

Transliteration walaqad makkannākum fī l-arḍi wajaʿalnā lakum fīhā maʿāyisha qalīlan mā tashkurūna

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން ބިމުގައި ވަޒަންވެރިކުރައްވާ تَمْكِين ކުރެއްވީމެވެ. އަދި އެތާނގައި ތިމަންރަސްކަލާނގެ ކަލޭމެންނަށް ދިރިއުޅުން ލެއްވީމެވެ. ކަލޭމެން شكر ކުރަނީ ދާދިމަދުންނެވެ.

Verse 11

وَلَقَدْ خَلَقْنَـٰكُمْ ثُمَّ صَوَّرْنَـٰكُمْ ثُمَّ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ لَمْ يَكُن مِّنَ ٱلسَّـٰجِدِينَ

Transliteration walaqad khalaqnākum thumma ṣawwarnākum thumma qul'nā lil'malāikati us'judū liādama fasajadū illā ib'līsa lam yakun mina l-sājidīna

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވީމެވެ. (ކަލޭމެންގެ ބައްޕަ آدم عليه السّلام ތިމަންރަސްކަލާނގެ ހެއްދެވީމެވެ.) ދެން ތިމަންރަސްކަލާނގެ ކަލޭމެން صورة ކުރެއްވީމެވެ. (އެބަހީ: އެކަލޭގެފާނު ތިމަންރަސްކަލާނގެ صورة ކުރެއްވީމެވެ. މި ދެ عبارة ގެ މާނަ އަދި އެހެން ގޮތްގޮތަށްވެސް ލިއުއްވާފައިވެއެވެ. އެކަމަކު އެންމެ مُعْتَبَرُ ގޮތް މިދެންނެވީއެވެ. - والله أعلم) ދެން آدم عليه السّلام އަށް سجدة ކުރައްވާށޭ ملائكة ބޭކަލުންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. - ދެންފަހެ إبْلِيْسُ މެނުވީ އެންމެ ބޭކަލުން އެކަލޭގެފާނަށް سَجِدَة ކުރެއްވިއެވެ. ފަހެ އެ إبْلِيْسُ سَجِدَة ކުރި މީހުންގެތެރެއިން ނުވިއެވެ.

Verse 12

قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا۠ خَيْرٌ مِّنْهُ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ

Transliteration qāla mā manaʿaka allā tasjuda idh amartuka qāla anā khayrun min'hu khalaqtanī min nārin wakhalaqtahu min ṭīnin

Dhivehi އެކަލާނގެ (އެ إبْلِيس އާއި مخاطب ކުރައްވައި) وحي ކުރެއްވިއެވެ. އެކަލޭގެފާނަށް (يعني: آدم ގެފާނަށް) سجدة ކުރެއްވުމަށް ތިމަންރަސްކަލާނގެ އެންގެވިހިނދުން ކަލޭ سجدة ނުކޮށް އެކަމުން މަނާކުރީ ކޮންކަމެއްހެއްޔެވެ؟ سجدة ނުކުރީ ކީއްވެގެންހެއްޔެވެ؟ އެސޮރު ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ މިއަޅާ މާހެޔޮވެގެންވެއެވެ. އެހެނީ އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ. އަދި އިބަރަސްކަލާނގެ މިއަޅާ ހައްދަވާފައިވަނީ އަލިފާނުންނެވެ.

Verse 13

قَالَ فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخْرُجْ إِنَّكَ مِنَ ٱلصَّـٰغِرِينَ

Transliteration qāla fa-ih'biṭ min'hā famā yakūnu laka an tatakabbara fīhā fa-ukh'ruj innaka mina l-ṣāghirīna

Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭ އެސުވަރުގެއިން ފައިބާށެވެ! އެތާހުރެގެން ކަލޭ ބޮޑާވެ މަތިހަށި ނެގުމަކީ އެއްގޮތަކަށްވެސް ކަލެއަށް ހުއްދަވެގެންވާކަމެއްނޫނެވެ. (އަދި އެހެންތާކު ހުރެގެންވެސް ބޮޑާވުން ހުއްދަވެގެން ނުވެއެވެ.) ފަހެ ކަލޭ ނުކުންނާށެވެ! ހަމަކަށަވަރުން ކަލޭވަނީ ނިކަމެތިވެ އިހާނާތްތެރިވެގެންވާ މީހުންގެތެރެއިންނެވެ.

Verse 14

قَالَ أَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ

Transliteration qāla anẓir'nī ilā yawmi yub'ʿathūna

Dhivehi އެސޮރު ދެންނެވިއެވެ. މީސްތަކުން (އަލުން ދިރިގެން) ފޮނުއްވާދުވަހާއި ހަމައަށް މިއަޅާއަށް ވަގުތު ދެއްވާ مُهْلَةُ ދެއްވާނދޭވެ!

Verse 15

قَالَ إِنَّكَ مِنَ ٱلْمُنظَرِينَ

Transliteration qāla innaka mina l-munẓarīna

Dhivehi ﷲ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ކަލޭވަނީ إنْتِظَار ކުރެވިގެންވާ - (ވަގުތު ދެވިގެން) ވާ މީހުންގެތެރެއިންނެވެ.

Verse 16

قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ

Transliteration qāla fabimā aghwaytanī la-aqʿudanna lahum ṣirāṭaka l-mus'taqīma

Dhivehi އެސޮރު ދެންނެވިއެވެ. އިބަރަސްކަލާނގެ މިއަޅާ މަގުފުރައްދަވާ ހަލާކުކުރެއްވިކަމަށްޓަކައި ހަމަކަށަވަރުން އެމީހުންނަށް (އާދަމުގެދަރިންނާ އިދިކޮޅަށް) މިއަޅާ މަގުތަކުގައި އިށީންނަހުށީމެވެ. އިބަރަސްކަލާނގެ ސީދާމަގު އެމީހުންނަށް އޮޅުވާލާ ބަންދުކުރާހުށީމެވެ.

Verse 17

ثُمَّ لَـَٔاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَـٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَـٰكِرِينَ

Transliteration thumma laātiyannahum min bayni aydīhim wamin khalfihim waʿan aymānihim waʿan shamāilihim walā tajidu aktharahum shākirīna

Dhivehi ދެން ހަމަކަށަވަރުން އެމީހުންގެ ކުރިމަތިންނާއި އެމީހުންގެ ފަހަތުންނާއި އެމީހުންގެ ކަނާތްފަރާތުންނާއި އަދި އެމީހުންގެ ވައަތްފަރާތުންވެސް މިއަޅާ އެމީހުންގެގާތަށް އަންނަހުށީމެވެ. އަދި އެމީހުންކުރެ ގިނަމީހުންނީ شكر ކުރާމީހުންކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިނުގަންނަވާނެއެވެ. (ގިނަމީހުން ވާނީ ނުބައިމީހުން ކަމުގައެވެ.)

Verse 18

قَالَ ٱخْرُجْ مِنْهَا مَذْءُومًا مَّدْحُورًا ۖ لَّمَن تَبِعَكَ مِنْهُمْ لَأَمْلَأَنَّ جَهَنَّمَ مِنكُمْ أَجْمَعِينَ

Transliteration qāla ukh'ruj min'hā madhūman madḥūran laman tabiʿaka min'hum la-amla-anna jahannama minkum ajmaʿīna

Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. ނިކަމެތިކުރެވި ދެރަކުރެވި ފައްސައިލެވިގެންވާ حال ކަލޭ މިސުވަރުގެއިން ނުކުންނާށެވެ! އެމީހުންކުރެ ކަލެއާއި تبع ވާމީހުން ދަންނައެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ނަރަކަ ފުރާލާހުށީ ކަލެއާއި، ކަލެއާއި تبع ވާމީހުންނާއި އެންމެން އަޅައިގެންނެވެ.

Verse 19

وَيَـٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ

Transliteration wayāādamu us'kun anta wazawjuka l-janata fakulā min ḥaythu shi'tumā walā taqrabā hādhihi l-shajarata fatakūnā mina l-ẓālimīna

Dhivehi އަދި އޭ آدم (عليه السّلام) އެވެ! ކަލޭގެފާނާއި ކަލޭގެފާނުންގެ އަނބިކަނބަލުންނާއި ދެކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެވަޑައިގެން ތިއްބަވާށެވެ! އަދި ތިޔައިގެ ދެކަނބަލުން އެދިވަޑައިގަންނަވާފަދައަކުން އެތަނުން ފަރީކުޅުއްވާހައްދަވާށެވެ! އަދި މިގަހާއި ތިޔައިގެ ދެކަނބަލުން ގާތްވެވަޑައި ނުގަންނަވާށެވެ! (އެގަހުން، ފަރިއްނުކުޅުއްވާށެވެ! (އެއީ ކޮންބާވަތެއްގެ ގަހެއްކަން އެނގޭނެ صحّ خبر އެއް ނެތެވެ.) އެހެން ހައްދަވައިފިއްޔާ އެބަހީ އެގަހުން ފަރީކުޅުއްވައިފިއްޔާ ތިޔަ ދެކަނބަލުންވާހުށީ އަނިޔާވެރިންގެތެރެއިންނެވެ. (އަމިއްލަ نفس އަށް އަނިޔާކުރި މީހުންގެތެރެއިންނެވެ.)

Verse 20

فَوَسْوَسَ لَهُمَا ٱلشَّيْطَـٰنُ لِيُبْدِىَ لَهُمَا مَا وُۥرِىَ عَنْهُمَا مِن سَوْءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنْ هَـٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ ٱلْخَـٰلِدِينَ

Transliteration fawaswasa lahumā l-shayṭānu liyub'diya lahumā mā wūriya ʿanhumā min sawātihimā waqāla mā nahākumā rabbukumā ʿan hādhihi l-shajarati illā an takūnā malakayni aw takūnā mina l-khālidīna

Dhivehi ދެންފަހެ شيطان އާ ދެކަނބަލުންނަށް ވަސްވާސްކޮށްފިއެވެ. (ނުބައިގޮތް ހިތަށް ވިސްނައިދީފިއެވެ.) އެއީ އެދެކަނބަލުންގެ ނިވައިކުރެވިގެންވާ عورة ފާޅުކޮށް ހާމަކުރުމަށްޓަކައެވެ. އަދި އެސޮރު ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެމަލާއިކަތުންނަށްވެދާނެތީވެ ނުވަތަ دائمى ގޮތެއްގައި ސުވަރުގޭގައި ނުތިއްބެވުމަށް މެނުވީ މިގަހުން ތިޔައިގެ ދެކަނބަލުން ފަރީކުޅުއްވުން ތިޔައިގެ ދެކަނބަލުންގެ رَبّ މަނާ ނުކުރައްވައެވެ. (އެބަހީ މިގަހުން ފަރިއްކުޅުއްވައިފިއްޔާ دائمى ގޮތެއްގައި މިތާ ދެމިތިއްބަވާނެއެވެ. ނުވަތަ ދެމަލާއިކަތުންނަށް ވެދާނެއެވެ.)

Verse 21

وَقَاسَمَهُمَآ إِنِّى لَكُمَا لَمِنَ ٱلنَّـٰصِحِينَ

Transliteration waqāsamahumā innī lakumā lamina l-nāṣiḥīna

Dhivehi އަދި އެސޮރު ހުވައިކޮށްފާ އެދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ތިޔަދެމީހުންނަށްވާ نصيحة ތެރިޔަކީމެވެ.

Verse 22

فَدَلَّىٰهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۖ وَنَادَىٰهُمَا رَبُّهُمَآ أَلَمْ أَنْهَكُمَا عَن تِلْكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيْطَـٰنَ لَكُمَا عَدُوٌّ مُّبِينٌ

Transliteration fadallāhumā bighurūrin falammā dhāqā l-shajarata badat lahumā sawātuhumā waṭafiqā yakhṣifāni ʿalayhimā min waraqi l-janati wanādāhumā rabbuhumā alam anhakumā ʿan til'kumā l-shajarati wa-aqul lakumā inna l-shayṭāna lakumā ʿaduwwun mubīnun

Dhivehi ފަހެ އެސޮރުގެ ހެއްލުންތެރިކަމާއި ކެހިވެރިކަމުން އެދެކަނބަލުން (ހަލާކުގެތެރެއަށް) ވައްޓާލައިފިއެވެ. (ކިޔަމަންތެރިކަމުން ނުކިޔަމަންތެރިކަމަށް ވައްޓައިލިއެވެ. ދެންފަހެ އެދެކަނބަލުން އެގަހުން ފަރިއްކުޅުއްވައިފިއެވެ.) ފަހެ އެދެކަނބަލުން އެގަހުގެރަހަ ހަމަލިބިވަޑައިގަތުމުން އެދެކަނބަލުންނަށް އެދެކަނބަލުންގެ عورة ފައުޅުވެ كشف ވެއްޖެއެވެ. އަދި އެދެކަނބަލުންގެ عورة ގައި ސުވަރުގޭގެ ގަހުގެ ފަތްޖައްސާ ނިވައިކުރައްވަން ފައްޓަވައިފިއެވެ. އަދި އެދެކަނބަލުންގެ رَبّ އެދެކަނބަލުންނަށް نداء އިއްވެވިއެވެ. (އެކަލާނގެ وحي ކުރެއްވިއެވެ.) އެގަހުން ފަރީކުޅުއްވުން ތިޔައިގެ ދެކަނބަލުންނަށް ތިމަންރަސްކަލާނގެ نهى ނުކުރަންހެއްޔެވެ؟ (އެބަހީ ނަހީކުރެއްވީމެވެ.) އަދި ހަމަކަށަވަރުން شيطان އާ އެއީ ތިޔައިގެ ދެކަނބަލުންނަށްވާ بيان ވެގެންހުރި عدوّ އެއްކަމުގައި ނާންގަވަންހެއްޔެވެ؟ (އެބަހީ އެންގެވީމެވެ.)

Verse 23

قَالَا رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَـٰسِرِينَ

Transliteration qālā rabbanā ẓalamnā anfusanā wa-in lam taghfir lanā watarḥamnā lanakūnanna mina l-khāsirīna

Dhivehi އޭގެ ދެކަނބަލުން ދެންނެވިއެވެ. އޭ އަޅަމެންގެ رَبّ އެވެ! ހަމަކަށަވަރުން އަޅަމެން އަޅަމެންގެ އަމިއްލަ نفس އަށް އަނިޔާވެރިވެއްޖައީމެވެ. އިބަރަސްކަލާނގެ އަޅަމެންނަށް ނުފުއްސަވައި އަދި رحمة ނުލެއްވިނަމަ ހަމަކަށަވަރުން އަޅަމެންވާހުށީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.

Verse 24

قَالَ ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّ وَمَتَـٰعٌ إِلَىٰ حِينٍ

Transliteration qāla ih'biṭū baʿḍukum libaʿḍin ʿaduwwun walakum fī l-arḍi mus'taqarrun wamatāʿun ilā ḥīnin

Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް عدوّ ންކަމުގައިވާ حال ފައިބާށެވެ! (ސުވަރުގެއިން ފައިބާށެވެ!) އަދި ކަލޭމެން قرار ވެ ހަމަޖެހިގެންތިބޭނެތަން ބިމުގައި ކަލޭމެންނަށްވެއެވެ. (އެހެންޏާ ބިމުގެމަތީގައި ނުވަތަ މަރުވުމަށްފަހު ބިމުގެ އަޑީގައެވެ.) އަދި ވަކި مدّت އަކަށް އެތާނގެ ތަކެތީގައި ބޭނުންކޮށް ތިބުންވެއެވެ.

Verse 25

قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ

Transliteration qāla fīhā taḥyawna wafīhā tamūtūna wamin'hā tukh'rajūna

Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭމެންގެ حياة ވަނީ، އެބަހީ ދިރިއުޅުންވަނީ އެތާނގައެވެ. އަދި ކަލޭމެން މަރުވުންވަނީ އެތާނގައެވެ. އަދި ކަލޭމެން (އަލުން ދިރިގެން) ނުކުތުންވަނީވެސް ހަމަ އެތަނުންނެވެ.

Verse 26

يَـٰبَنِىٓ ءَادَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَٰرِى سَوْءَٰتِكُمْ وَرِيشًا ۖ وَلِبَاسُ ٱلتَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ ءَايَـٰتِ ٱللَّهِ لَعَلَّهُمْ يَذَّكَّرُونَ

Transliteration yābanī ādama qad anzalnā ʿalaykum libāsan yuwārī sawātikum warīshan walibāsu l-taqwā dhālika khayrun dhālika min āyāti l-lahi laʿallahum yadhakkarūna

Dhivehi އޭ آدم ގެދަރީންނޭވެ! ހަމަކަށަވަރުން ކަލޭމެންގެ عورة ނިވާކުރުމަށްޓަކައި ތިމަންރަސްކަލާނގެ ލިބާސް ބާވައިލެއްވީމެވެ. (އެބަހީ: ފޭރާންކުރެވޭނޭގޮތުގެތަކެއްޗާއި އަދި ކުރެވޭނޭގޮތް ކަލޭމެނަށް ދެއްވީމެވެ.) އަދި މުދަލާއި ހިފައިގެންގުޅޭ ތަކެއްޗާއި ޒީނަތްތެރިވާނޭ ފޭރާމާއި ބާވައިލެއްވީމެވެ. އަދި تقوى ވެރިކަމުގެ ފޭރާން (އެބަހީ: صالح عمل ކުރުން އެއީ މާހެޔޮވެގެންވާކަމެކެވެ.) މިކަންތައް ތަކަކީ ތިމަންރަސްކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ دليل ތަކުގެތެރެއިން ވާކަންކަމެވެ. އެއީ އެމީހުން ذكر ކޮށް وعظ نصيحة ލިބިގަނޭތޯއެވެ.

Verse 27

يَـٰبَنِىٓ ءَادَمَ لَا يَفْتِنَنَّكُمُ ٱلشَّيْطَـٰنُ كَمَآ أَخْرَجَ أَبَوَيْكُم مِّنَ ٱلْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْءَٰتِهِمَآ ۗ إِنَّهُۥ يَرَىٰكُمْ هُوَ وَقَبِيلُهُۥ مِنْ حَيْثُ لَا تَرَوْنَهُمْ ۗ إِنَّا جَعَلْنَا ٱلشَّيَـٰطِينَ أَوْلِيَآءَ لِلَّذِينَ لَا يُؤْمِنُونَ

Transliteration yābanī ādama lā yaftinannakumu l-shayṭānu kamā akhraja abawaykum mina l-janati yanziʿu ʿanhumā libāsahumā liyuriyahumā sawātihimā innahu yarākum huwa waqabīluhu min ḥaythu lā tarawnahum innā jaʿalnā l-shayāṭīna awliyāa lilladhīna lā yu'minūna

Dhivehi އޭ آدم ގެދަރީންނެވެ! ކަލޭމެންގެ ކާބަފައިން (آدم ގެފާނާއި حوّاى ގެފާނު) شيطان އާ އައިސް ސުވަރުގެއިން ނެރެލީފަދައިން އެ شيطان އާ ކަލޭމެން فتنة ވެރިކުރިޔަނުދޭށެވެ! އެސޮރުގެ މަކަރުވެރިކަމުގެ ތެރެއަށް ކަލޭމެން ވައްޓައިލިޔަނުދޭށެވެ! ފަހެ އެސޮރުގެ މަކަރުވެރިކަމުން އެދެކަނބަލުންގެ ލިބާސް އެދެކަނބަލުންގެ ކިބައިން ނިގުޅައިގަތެވެ. އެއީ އެދެކަނބަލުންގެ عورة އެދެކަނބަލުންނަށް ފެނުމަށްޓަކައެވެ. ހަމަކަށަވަރުން އެ شيطان އާ އާއި އެސޮރުގެ ނަސްލު އެސޮރުގެ قبيلة ގެމީހުން ކަލޭމެން ދެކޭނެއެވެ. އަދި އެއީ ކަލޭމެނަށް އެބައިމީހުން ނުފެންނާނޭގޮތުންނެވެ. ހަމަކަށަވަރުން شيطان ން އެއީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ތިމަންރަސްކަލާނގެ ލެއްވީ ﷲ އަށް އީމާންނުވާ މީހުންނަށެވެ.

Verse 28

وَإِذَا فَعَلُوا۟ فَـٰحِشَةً قَالُوا۟ وَجَدْنَا عَلَيْهَآ ءَابَآءَنَا وَٱللَّهُ أَمَرَنَا بِهَا ۗ قُلْ إِنَّ ٱللَّهَ لَا يَأْمُرُ بِٱلْفَحْشَآءِ ۖ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ

Transliteration wa-idhā faʿalū fāḥishatan qālū wajadnā ʿalayhā ābāanā wal-lahu amaranā bihā qul inna l-laha lā yamuru bil-faḥshāi ataqūlūna ʿalā l-lahi mā lā taʿlamūna

Dhivehi އަދި އެމީހުން فاحش ކަމެއްކޮށްފިއްޔާ އެމީހުން ބުނެއެވެ. މިއީ އަހުރެމެންގެ ކާބަފައިން އެގޮތެއްގެމަތީގައި ވަނިކޮށް އަހުރެމެން ދުއްގޮތެވެ. (އެމީހުން ކުރާތަނުން ދަސްކޮށްގެންކުރާ ކަމެކެވެ.) އަދި މިކަމަށްވަނީ ﷲ އަހުރެމެންނަށް އަމުރުކުރައްވާފައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! فاحش ކަންތަކަށް ﷲ އަމުރު ނުކުރައްވައެވެ. އަދި ނުވެސްކުރައްވާނެއެވެ. ﷲ تعالى ގެ މައްޗަށް ކަލޭމެންނަށް ނޭނގޭތަކެތި ކަލޭމެން ބުނަނީހެއްޔެވެ؟ • މިއާޔަތުގައިމިވާ فاحش ކަންތަކަކީ عربى ންގެ ކޮންމެވެސް ބަޔަކު އިސްލާމްދީން އައުމުގެ ކުރީގައި ގެފުޅުގައި طَوَاف ކުރަނީ عُرِيَان حال ގައި ތިބެގެންނެވެ. އަދި އެމީހުން ބުނަނީ އަހުރެމެން މިކަން މިކުރަނީ ކާބަފައިންކުރިގޮތަށެވެ. އަދި އެކަމަށްވަނީ ﷲ أمر ކުރައްވާފައެވެ. މިކަމަކީ އެމީހުން ﷲ ގެ މައްޗަށް ހަދާ ބޮޑުދޮގެއްކަން بيان ކޮށްދެއްވައި މިއާޔަތް ބާވައިލެއްވިކަމުގައި ބައެއް مفسّر ން ވިދާޅުވެއެވެ. މިހެނީ فاحش ކަންތަކަކީ އިސްލާމްދީން قبول ނުކުރާ އަދި ސަލާމަތް ބުއްދި قبول ނުކުރާ ކަންކަމެވެ.

Verse 29

قُلْ أَمَرَ رَبِّى بِٱلْقِسْطِ ۖ وَأَقِيمُوا۟ وُجُوهَكُمْ عِندَ كُلِّ مَسْجِدٍ وَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ ۚ كَمَا بَدَأَكُمْ تَعُودُونَ

Transliteration qul amara rabbī bil-qis'ṭi wa-aqīmū wujūhakum ʿinda kulli masjidin wa-id'ʿūhu mukh'liṣīna lahu l-dīna kamā bada-akum taʿūdūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ رَبّ އަމުރުކުރައްވާފައިވަނީ عدل ވެރިވުމަށެވެ. (ހުރިހާކަމެއްގައި ސީދާކޮށް حقُّ حقّ އަށް ނު حقُّ ނު حقّ އަށް ބުނުމެވެ.) އަދި ކަލޭމެން ނަމާދުކުރާ ކޮންމެތާކު (ކޮންމެ މިސްކިތެއްގައިވެސް) كعبة ﷲ އަށް - (ގެފުޅަށް) ކަލޭމެންގެ މޫނުތައް ސީދާކޮށް قائم ކުރުމަށެވެ. އަދި އަޅުކަން އެކަލާނގެއަށް إخلاص ތެރިކުރާ حال ކަލޭމެން އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި އެންމެ ފުރަތަމަ ނެތުމުގެތެރެއިން އެކަލާނގެ ކަލޭމެން ހެއްދެވިފަދައިން قيامة ދުވަހުން (މަރުވުމަށްފަހު) އަލުން ދިރުއްވައި އެކަލާނގެ ކަލޭމެން ފޮނުވާނެއެވެ. (محشر ކުރައްވާނެއެވެ.)

Verse 30

فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيْهِمُ ٱلضَّلَـٰلَةُ ۗ إِنَّهُمُ ٱتَّخَذُوا۟ ٱلشَّيَـٰطِينَ أَوْلِيَآءَ مِن دُونِ ٱللَّهِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ

Transliteration farīqan hadā wafarīqan ḥaqqa ʿalayhimu l-ḍalālatu innahumu ittakhadhū l-shayāṭīna awliyāa min dūni l-lahi wayaḥsabūna annahum muh'tadūna

Dhivehi އެއްބަޔަކަށް ﷲ ތެދުމަގުދެއްކެވިއެވެ. ތެދުމަގަށް توفيق ދެއްވިއެވެ. އަދި އަނެއްބަޔަކު (ދަންނައެވެ!) އެމީހުންގެމައްޗަށް މަގުފުރެދުން حقّ ވީއެވެ. އެމީހުން ތިމާމެންގެސަހަރޯވެރިންނަކީ ﷲ ފިޔަވައި شيطان ން ކަމުގައި ބަލައި إختيار ކުރުމުގެ ސަބަބުންނެވެ. އަދި އެމީހުން ހީކުރަނީ ހަމަކަށަވަރުން ތިމާމެން މިތިބީ ތެދުމަގުގައިކަމަށެވެ.

Verse 31

۞ يَـٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ

Transliteration yābanī ādama khudhū zīnatakum ʿinda kulli masjidin wakulū wa-ish'rabū walā tus'rifū innahu lā yuḥibbu l-mus'rifīna

Dhivehi އޭ آدم ގެދަރީންނޭވެ! ނަމާދުކުރާ ކޮންމެތަނެއްގައި - އަދި ނަމާދުކުރާ ކޮންމެހިނދެއްގައި (ފޭރާމާއި ދެންވެސް ހުރި އެހެނިހެން ޒީނަތްތެރިކަން ކަލޭމެން ހިފާށެވެ.) إختيار ކުރާށެވެ. އެބަހީ: ނަމާދުކުރާހިނދު ތިމާމެން ތާހިރުވެ ލިބެންހުރި ޒީނަތްތެރިކަމެއް ލިބިގަންނާށެވެ! (ނަމަވެސް އިސްލާމުދީން ހުއްދަދޭ ޒީނަތްތެރިކަމެވެ.) އަދި ކަލޭމެން ކައިބޮއި ހަދާށެވެ! ކަލޭމެން (އެއްކަމެއްގައިވެސް) إسراف ނުކުރާށެވެ! އެހެނީ إسراف ކުރާމީހުންނަށް ހަމަކަށަވަރުން އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ.

Verse 32

قُلْ مَنْ حَرَّمَ زِينَةَ ٱللَّهِ ٱلَّتِىٓ أَخْرَجَ لِعِبَادِهِۦ وَٱلطَّيِّبَـٰتِ مِنَ ٱلرِّزْقِ ۚ قُلْ هِىَ لِلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا خَالِصَةً يَوْمَ ٱلْقِيَـٰمَةِ ۗ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْلَمُونَ

Transliteration qul man ḥarrama zīnata l-lahi allatī akhraja liʿibādihi wal-ṭayibāti mina l-riz'qi qul hiya lilladhīna āmanū fī l-ḥayati l-dun'yā khāliṣatan yawma l-qiyāmati kadhālika nufaṣṣilu l-āyāti liqawmin yaʿlamūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (لِبَاس އާއި زِيْنَة ތެރިވެވޭ ތަކެތީގެގޮތުން) ﷲ އެކަލާނގެ އަޅުތަކުންނަށް ނެރެދެއްވާ حلال ކުރައްވާފައިވާ ތަކެއްޗާއި އަދި ރިޒުގުގެތެރެއިން އެކަލާނގެ حلال ކޮށްދެއްވާފައިވާ حلال ރަނގަޅުކާނާ - ރިޒުގު - حرام ކުރީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އީމާންވީ މީހުންނަށް ދުނިޔޭގެ حياة ގައި ހުރި ތަކެއްޗެވެ. (ކާފަރުން އެއިން ބޭނުންކޮށްއުޅުނުނަމަވެސް މެއެވެ.) އަދި އެއީ قيامة ދުވަހުން ހަމަ خاصّ ވެ مؤمن ންނަށްވާތަކެއްޗެވެ. ތިމަންރަސްކަލާނގެ އާޔަތްތައް އަދި دليل އާއި حجّة ތަފާތުކޮށް بيان ކޮށް تفصيل ކޮށްދެއްވަނީ ވިސްނާ ފިކުރުކުރާ މީހުންނަށެވެ.

Verse 33

قُلْ إِنَّمَا حَرَّمَ رَبِّىَ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَٱلْإِثْمَ وَٱلْبَغْىَ بِغَيْرِ ٱلْحَقِّ وَأَن تُشْرِكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ

Transliteration qul innamā ḥarrama rabbiya l-fawāḥisha mā ẓahara min'hā wamā baṭana wal-ith'ma wal-baghya bighayri l-ḥaqi wa-an tush'rikū bil-lahi mā lam yunazzil bihi sul'ṭānan wa-an taqūlū ʿalā l-lahi mā lā taʿlamūna

Dhivehi ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ رَبّ حَرَام ކުރެއްވިކަންކަށަވަރީ އެންމެހައި فاحش ކަންތަކެވެ. އެއީ (އިސްލާމްދީން قبول ނުކުރާ އަދި ސަލާމަތް ބުއްދި ނަފުރަތުކުރާ ކޮންމެ ހަޑިހުތުރު ކަންކަމެވެ.) އޭގެތެރެއިން ފާޅުވެ އެނގޭކަންތަކާއި އަދި ފައުޅުނުވެ ވަންހަނާވެގެންވާ ކަންތަކާއިވެސް މެއެވެ. އަދި (އެކަލާނގެ حرام ކުރެއްވީ) ފާފަކުރުމާއި އެއްވެސް حقّ އެއްނެތި ދެކޮޅުހަދާ بغاوة ކުރުމާއި، އަދި ކަލޭމެން އެތަކެތި އެކަލާނގެއާއި شريك ކުރުމަށް އެއްވެސް دليل އެއް حجّة އެއް ބާވައިލައްވާފައިނުވާ ތަކެތި ﷲ އާއި شريك ކުރުމާއި، އަދި ﷲ އާއިމެދު ކަލޭމެންނަށް ނޭނގޭ ތަކެތި ބުނުމެވެ.

Verse 34

وَلِكُلِّ أُمَّةٍ أَجَلٌ ۖ فَإِذَا جَآءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ

Transliteration walikulli ummatin ajalun fa-idhā jāa ajaluhum lā yastakhirūna sāʿatan walā yastaqdimūna

Dhivehi (ﷲ އާއި رسول ން ދޮގުކުރި) އަދި ކޮންމެ أمّة އަކަށްވެސް (އެބަޔަކަށް عذاب އައިސް ހަލާކުވުމަށް) އަޖަލެއްވެއެވެ. ކަނޑައެޅި ޢައްޔަން ވެގެންވާ ވަގުތެއްވެއެވެ. ފަހެ އެމީހުންގެ އެވަގުތު އައުމުން ހިނދުކޮޅަކުވެސް އެމީހުން ލަސްނުވާނެއެވެ. އަދި އެމީހުން އެއަށްވުރެ އިސްވެސް ނުވާނެއެވެ. އެބަހީ އެވަގުތަށްވުރެ އެމީހުން ހަލާކު އަވަސްވެސް ނުވާނެއެވެ.

Verse 35

يَـٰبَنِىٓ ءَادَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ ءَايَـٰتِى ۙ فَمَنِ ٱتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

Transliteration yābanī ādama immā yatiyannakum rusulun minkum yaquṣṣūna ʿalaykum āyātī famani ittaqā wa-aṣlaḥa falā khawfun ʿalayhim walā hum yaḥzanūna

Dhivehi އޭ آدم ގެ ދަރީންނޭވެ! ތިމަންރަސްކަލާނގެ އާޔަތްތައް ކަލޭމެންނަށް ކިޔަވައިދެއްވުމަށް ކަލޭމެންގެ ތެރެއިން رسول ބޭކަލުން ވަޑައިގެންފިއްޔާ ދެން އެބޭކަލުންނަށް إيمان ވެ ކިޔަމަންތެރިވެ އަދި إصلاح ކޮށް އެބަހީ صالح عمل ކޮށްހެދި މީހާ ދަންނައެވެ! އެބަހީ تقوى ވެރިވެއްޖެމީހާ ފަހެ އެފަދަމީހުންގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.

Verse 36

وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَٱسْتَكْبَرُوا۟ عَنْهَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ

Transliteration wa-alladhīna kadhabū biāyātinā wa-is'takbarū ʿanhā ulāika aṣḥābu l-nāri hum fīhā khālidūna

Dhivehi އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި އެއާޔަތްތަކާމެދު ބޮޑާވެ ކިބުރުވެރިވެއްޖެމީހާ ފަހެ އެފަދަމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.

Verse 37

فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَـٰتِهِۦٓ ۚ أُو۟لَـٰٓئِكَ يَنَالُهُمْ نَصِيبُهُم مِّنَ ٱلْكِتَـٰبِ ۖ حَتَّىٰٓ إِذَا جَآءَتْهُمْ رُسُلُنَا يَتَوَفَّوْنَهُمْ قَالُوٓا۟ أَيْنَ مَا كُنتُمْ تَدْعُونَ مِن دُونِ ٱللَّهِ ۖ قَالُوا۟ ضَلُّوا۟ عَنَّا وَشَهِدُوا۟ عَلَىٰٓ أَنفُسِهِمْ أَنَّهُمْ كَانُوا۟ كَـٰفِرِينَ

Transliteration faman aẓlamu mimmani if'tarā ʿalā l-lahi kadhiban aw kadhaba biāyātihi ulāika yanāluhum naṣībuhum mina l-kitābi ḥattā idhā jāathum rusulunā yatawaffawnahum qālū ayna mā kuntum tadʿūna min dūni l-lahi qālū ḍallū ʿannā washahidū ʿalā anfusihim annahum kānū kāfirīna

Dhivehi ފަހެ ﷲ ގެމައްޗަށް ދޮގުހަދައިގަތް މީހަކަށްވުރެ ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުރިމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ.) އެމީހުންނަށް ފޮތުން ކަނޑައެޅިފައިވާ نصيب އެމީހުންނަށް ލިބޭނެއެވެ. (އެބަހީ: ހެވާނުބަޔާ ރިޒުގާ އަދި އަޖަލު ކަނޑައެޅިގެންވާގޮތަށް) ފޮތުގައި ކަނޑައެޅިފައިވާ އެއްޗެއް އެމީހުންނަށް ލިބޭނެއެވެ. އެއީ އެމީހުންގެ މަރުހިއްޕެވުމަށް ތިމަންރަސްކަލާނގެ ފޮނުއްވާ ملائكة ބޭކަލުން އެމީހުންނާއި ހަމައަށް ވަޑައިގެންފުމަށްދާންދެނެވެ. އެބޭކަލުން (އެމީހުނަށް) ވިދާޅުވާނެއެވެ. ކަލޭމެން ﷲ ފިޔަވައި އެފަރާތްތަކަށް އަދި އެތަކެއްޗަށް ގޮވިތަކެތި ކޮބައިހެއްޔެވެ؟ އެ އަބާއްޖަވެރިން ދަންނަވާނެއެވެ. އެތަކެތި އަހުރެމެންގެ ކިބައިން ގެއްލިއްޖެއެވެ. (އަހުރެމެން ދޫކޮށް އެތަކެތި ހިނގައްޖެއެވެ.) ﷲ وحي ކުރެއްވިއެވެ.) އެމީހުންނީ ކާފަރުންކަމުގައި އެމީހުންގެ نفس ތަކުގެމައްޗަށް އެމީހުން ހެކިވާނެއެވެ.

Verse 38

قَالَ ٱدْخُلُوا۟ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِكُم مِّنَ ٱلْجِنِّ وَٱلْإِنسِ فِى ٱلنَّارِ ۖ كُلَّمَا دَخَلَتْ أُمَّةٌ لَّعَنَتْ أُخْتَهَا ۖ حَتَّىٰٓ إِذَا ٱدَّارَكُوا۟ فِيهَا جَمِيعًا قَالَتْ أُخْرَىٰهُمْ لِأُولَىٰهُمْ رَبَّنَا هَـٰٓؤُلَآءِ أَضَلُّونَا فَـَٔاتِهِمْ عَذَابًا ضِعْفًا مِّنَ ٱلنَّارِ ۖ قَالَ لِكُلٍّ ضِعْفٌ وَلَـٰكِن لَّا تَعْلَمُونَ

Transliteration qāla ud'khulū fī umamin qad khalat min qablikum mina l-jini wal-insi fī l-nāri kullamā dakhalat ummatun laʿanat ukh'tahā ḥattā idhā iddārakū fīhā jamīʿan qālat ukh'rāhum liūlāhum rabbanā hāulāi aḍallūnā faātihim ʿadhāban ḍiʿ'fan mina l-nāri qāla likullin ḍiʿ'fun walākin lā taʿlamūna

Dhivehi ﷲ (އެމީހުންނަށް قيامة ދުވަހުން) އަންގަވާނެއެވެ. ކަލޭމެންގެކުރިން ނަރަކައަށްވަން ޖިންނިންނާއި އިންސާނުންގެ أمّة ގެތެރެއަށް އެ ޖަމާޢަތަށް ނަރަކައަށް ކަލޭމެންވެސް ވަންނާށެވެ! (އެއީ ކަލޭމެންފަދައިން ކާފަރުކަމާއި ނުކިޔަމަންތެރިކަމުގައި އިސްވެދިޔަ މީހުންނެވެ.) އަދި ކޮންމެ أمّة އެއްގެ މީހުންގޮސް ނަރަކައަށް ވަނުމުން އޭގެ އަނެއް أمّة މި މީހުންނަށް لعنة ދޭނެއެވެ. އެހެންގޮސް އެންމެހައި ކާފަރު أمّة ތައް އެނަރަކައަށް ޖަމާވެ ހަމަވީމާ ފަހުން އައިމީހުން ކުރިން އައިމީހުންނަށް، އިޝާރަތްކޮށް ﷲ އަށް ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! މިތިބަމީހުން މިއީ އަޅަމެން މަގުފުރެއްދި މީހުންނެވެ. ފަހެ އެމީހުންނަށް ނަރަކައިގެ ޑަބަލް عذاب ދެއްވާންދޭވެ! ﷲ އަންގަވާނެއެވެ. ކަލޭމެންކުރެ ކޮންމެ ބަޔަކަށްވެސް ޑަބަލް عذاب ވެއެވެ. އެކަމަކު އެކަމެއް ކަލޭމެންނަކަށް ނޭނގޭނެއެވެ.

Verse 39

وَقَالَتْ أُولَىٰهُمْ لِأُخْرَىٰهُمْ فَمَا كَانَ لَكُمْ عَلَيْنَا مِن فَضْلٍ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْسِبُونَ

Transliteration waqālat ūlāhum li-ukh'rāhum famā kāna lakum ʿalaynā min faḍlin fadhūqū l-ʿadhāba bimā kuntum taksibūna

Dhivehi އަދި އެމީހުންގެ (އެބަހީ: ނަރަކައިގަތިބޭ ކާފަރު أمّة ތަކުގެތެރެއިން) ފަހުން އައިމީހުންނާއި مخاطب ކޮށް ފުރަތަމަތިބި މީހުން ބުނާނެއެވެ. އަހުރެމެންގެ މައްޗަށް ކަލޭމެންނަށް އެއްވެސް މާތްކަމެއް އަދި ހެވެއްނެތެވެ. ފަހެ ﷲ تعالى މިއެންމެންނާ مخاطب ކުރައްވައި އަންގަވާނެއެވެ. ކަލޭމެން ދުނިޔޭގައި ކުރާ ކަމުގައިވީ ނުބައި ކަންތައްތަކުގެ ސަބަބުން عذاب ގެ ރަހަ ލިބިގަންނާށެވެ.

Verse 40

إِنَّ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَٱسْتَكْبَرُوا۟ عَنْهَا لَا تُفَتَّحُ لَهُمْ أَبْوَٰبُ ٱلسَّمَآءِ وَلَا يَدْخُلُونَ ٱلْجَنَّةَ حَتَّىٰ يَلِجَ ٱلْجَمَلُ فِى سَمِّ ٱلْخِيَاطِ ۚ وَكَذَٰلِكَ نَجْزِى ٱلْمُجْرِمِينَ

Transliteration inna alladhīna kadhabū biāyātinā wa-is'takbarū ʿanhā lā tufattaḥu lahum abwābu l-samāi walā yadkhulūna l-janata ḥattā yalija l-jamalu fī sammi l-khiyāṭi wakadhālika najzī l-muj'rimīna

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި އެއާޔަތްތަކަށް ބޮޑާވެ كِبْرُ ވެރިވެއްޖެ މީހުން (ދަންނައެވެ!) ތިނޯހުގެ ފަގައިން ޖަމަލު ވަދެއްޖައުމަށްދާންދެން އެމީހުންނަށްޓަކައި އުޑުގެ ދޮރުތައް ނުހުޅުވޭނެއެވެ. އަދި އެމީހުން ސުވަރުގެ ނުވަންނާނެއެވެ. (އެމީހުންނަށް رحمة ގެ އަސަރެއްވުމަކީ އެހާވެސް ދުރުކަމެކެވެ.) އަދި مُجْرِمُ ންނަށް އެބަހީ ނުބައިނުލަފާ މީހުންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

Verse 41

لَهُم مِّن جَهَنَّمَ مِهَادٌ وَمِن فَوْقِهِمْ غَوَاشٍ ۚ وَكَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ

Transliteration lahum min jahannama mihādun wamin fawqihim ghawāshin wakadhālika najzī l-ẓālimīna

Dhivehi އެމީހުންނަށްވަނީ ނަރަކައިގެ އަލިފާނުގެ ތަންމައްޗެކެވެ. އެއީ އެމީހުން އިށީނދެ އޮށޯވެވުމަށެވެ. (އެކަމަކު ދެން އެތާ އޮށޯވެ އަރާމުކުރާނީ ކޮންފަދައަކުންހެއްޔެވެ؟ ތެޅިފޮޅުން ނޫން އެހެންގޮތެއް ނުވެއެވެ. އެކަމަކު މަރެއްވެސް ނުވާނެއެވެ.) އަދި އެމީހުންގެ ގައިމަތީ އެޅުމަށްވަނީ ނަރަކައިގެ އަލިފާނުގެ ރަޖައެކެވެ. ނިވައެކެވެ. (نَعْوذ بِﷲ مِنَ النَّارِ) އަނިޔާވެރިންނަށް - مشرك ންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ.

Verse 42

وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ

Transliteration wa-alladhīna āmanū waʿamilū l-ṣāliḥāti lā nukallifu nafsan illā wus'ʿahā ulāika aṣḥābu l-janati hum fīhā khālidūna

Dhivehi އަދި އީމާންވެގެން صالح عمل ކުރިމީހުން (އެމީހުންނަށް ކުޅަދާނަވާވަރަށް عمل ކުރިމީހުން) އެހެނީ އެއްވެސް نفس އަކަށް ކުޅަދާނަ ނުވާވަރަށް ތިމަންރަސްކަލާނގެ تكليف ނުޖައްސަވައެވެ. އެފަދަމީހުންނަކީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ އެތާނގައެވެ.

Verse 43

وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ تَجْرِى مِن تَحْتِهِمُ ٱلْأَنْهَـٰرُ ۖ وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى هَدَىٰنَا لِهَـٰذَا وَمَا كُنَّا لِنَهْتَدِىَ لَوْلَآ أَنْ هَدَىٰنَا ٱللَّهُ ۖ لَقَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ ۖ وَنُودُوٓا۟ أَن تِلْكُمُ ٱلْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ

Transliteration wanazaʿnā mā fī ṣudūrihim min ghillin tajrī min taḥtihimu l-anhāru waqālū l-ḥamdu lillahi alladhī hadānā lihādhā wamā kunnā linahtadiya lawlā an hadānā l-lahu laqad jāat rusulu rabbinā bil-ḥaqi wanūdū an til'kumu l-janatu ūrith'tumūhā bimā kuntum taʿmalūna

Dhivehi އަދި ރުޅިވެރިކަމާއި حسد ވެރިކަމުގެގޮތުން އެމީހުންގެ ހިތްތަކުގައިވާނަމަ ވާތަކެއްޗެއް ތިމަންރަސްކަލާނގެ ނިގުޅައިގެންނެވީމެވެ. އެސުވަރުގެ ވަންތަވެރިންގެ ދަށުން އާރުތައް ދެމޭނެއެވެ. އަދި އެމީހުން ދަންނަވާނެއެވެ. އެންމެހައި حمد އާއި تعريف އެއް خاصّ ވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ އަޅަމެނަށް މިސުވަރުގެއަށް އައުމަށް توفيق ދެއްވައި މަގުދެއްކެވި ކަލާނގެއެވެ. އަދި ﷲ އަޅަމެނަށް މިސީދާމަގު ނުދެއްކެވިނަމަ އެކަމަށް ތެދުމަގު ލިބޭނޭ ބަޔަކުކަމުގައި އަޅަމެން ނުވެއެވެ. ހަމަކަށަވަރުން އަޅަމެންގެ رَبّ ގެ رسول ން ވަޑައިގެންނެވީ حقّ އާއިގެންނެވެ. (އަޅަމެން އެ حقّ އާއި تبع ވީއެވެ.) ދެންފަހެ އެމީހުންނަށް نداء އިއްވެވޭނެއެވެ. (އޭ ސުވަރުގޭގެ أهل ވެރިންނޭވެ!) މިއީ އެސުވަރުގެއެވެ. (ތިމަންރަސްކަލާނގެ رسول ން ވަޑައިގެން وعد ކުރެއްވި ސުވަރުގެއެވެ.) ކަލޭމެން އެތަން ކަލޭމެންކުރި ހެޔޮ عمل ގެ ސަބަބުން ވާރުތަކުރީއެވެ.

Verse 44

وَنَادَىٰٓ أَصْحَـٰبُ ٱلْجَنَّةِ أَصْحَـٰبَ ٱلنَّارِ أَن قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا فَهَلْ وَجَدتُّم مَّا وَعَدَ رَبُّكُمْ حَقًّا ۖ قَالُوا۟ نَعَمْ ۚ فَأَذَّنَ مُؤَذِّنٌۢ بَيْنَهُمْ أَن لَّعْنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ

Transliteration wanādā aṣḥābu l-janati aṣḥāba l-nāri an qad wajadnā mā waʿadanā rabbunā ḥaqqan fahal wajadttum mā waʿada rabbukum ḥaqqan qālū naʿam fa-adhana mu-adhinun baynahum an laʿnatu l-lahi ʿalā l-ẓālimīna

Dhivehi ސުވަރުގޭގެ އެކުވެރިން ނަރަކައިގެ އެކުވެރިންނަށް ގޮވާނެއެވެ. އަދިބުނާނެއެވެ. ހަމަކަށަވަރުން އަހުރެމެންގެ رَبّ އަހުރެމެންނަށް ކުރެއްވި وعد އެއީ ތެދު حقّ ކަމުގައި އަހުރެމެންނަށް ފެނިއްޖެއެވެ. ފަހެ ކަލޭމެންގެ رَبّ ކަލޭމެނަށް ކުރެއްވި وعد އެއީ حقّ އެއްކަމުގައި ކަލޭމެނަށް ފެނިއްޖެހެއްޔެވެ؟ އެމީހުން ދަންނަވާނެއެވެ. އާއެކެވެ. ދެންފަހެ އެދެބައިމީހުންގެދެމެދުގައި ގޮވާލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. ހަމަކަށަވަރުން އަނިޔާވެރިންގެމައްޗަށް ﷲ ގެ لعنة ހުއްޓެވެ.

Verse 45

ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا وَهُم بِٱلْـَٔاخِرَةِ كَـٰفِرُونَ

Transliteration alladhīna yaṣuddūna ʿan sabīli l-lahi wayabghūnahā ʿiwajan wahum bil-ākhirati kāfirūna

Dhivehi އެއަނިޔާވެރިން އެއީ ﷲ ގެމަގު يعني: އިސްލާމްދީން އެހެންމީހުންނަށްވެސް ބަންދުކޮށް ހުރަސްކޮށް ހެދިމީހުންނެވެ. އަދި އެދީނަށް ގުދުކަމާއި ބަޅުކަން އެދޭމީހުންނެވެ. އަދި އެމީހުންވަނީ آخرة ދުވަހަށް ކާފަރުވެގެންނެވެ.

Verse 46

وَبَيْنَهُمَا حِجَابٌ ۚ وَعَلَى ٱلْأَعْرَافِ رِجَالٌ يَعْرِفُونَ كُلًّۢا بِسِيمَىٰهُمْ ۚ وَنَادَوْا۟ أَصْحَـٰبَ ٱلْجَنَّةِ أَن سَلَـٰمٌ عَلَيْكُمْ ۚ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ

Transliteration wabaynahumā ḥijābun waʿalā l-aʿrāfi rijālun yaʿrifūna kullan bisīmāhum wanādaw aṣḥāba l-janati an salāmun ʿalaykum lam yadkhulūhā wahum yaṭmaʿūna

Dhivehi އަދި އެދެމެދުގައި ހުރަހެއްވެއެވެ. حِجَاب އެއްވެއެވެ. އެބަހީ: ސުވަރުގެޔާ ނަރަކަޔާ ދެމެދު ހުރަހެއްވެއެވެ. އެއީ أعراف އެ ކިޔާ ފާރެވެ. އަދި އެ أعراف ގެމަތީގައި ބަޔަކުވެއެވެ. އަދި އެމީހުންނަށް ކޮންމެބަޔަކުވެސް އެމީހުންގެ علامة ތަކުން ރަނގަޅަށް އެނގެއެވެ. (އެބަހީ: ސުވަރުގެވަންތަވެރިންނާއި ނަރަކަވަންތަވެރިން أعراف ގެ أهل ވެރިންނަށް ރަނގަޅަށް އެނގެއެވެ. އެއީ ސުވަރުގެވަންތަވެރިންގެ މޫނު އަލިވެ އުޖާލާވެގެންވުމާއި ނަރަކަވަންތަވެރިންގެ މޫނުތައް ކަޅުވެގެންވުމާއި ލޯ ނޫވެގެންވުމެވެ.) އަދި އެމީހުން އެބަހީ: أعراف ގެ أهل ވެރިން ސުވަރުގެވަންތަވެރިންނަށް ގޮވާލާނެއެވެ. - (އޭ ސުވަރުގެވަންތަވެރިންނޭވެ.) ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. އެމީހުން يعني: أعراف ގެ أهل ވެރިން އެސުވަރުގެއަށް ވަނުމަށް ދަހިވެތިވެގެންވެއެވެ. އެކަމަކު އެމީހުން އަދި އެތާކަށް ނުވަދެއެވެ.

Verse 47

۞ وَإِذَا صُرِفَتْ أَبْصَـٰرُهُمْ تِلْقَآءَ أَصْحَـٰبِ ٱلنَّارِ قَالُوا۟ رَبَّنَا لَا تَجْعَلْنَا مَعَ ٱلْقَوْمِ ٱلظَّـٰلِمِينَ

Transliteration wa-idhā ṣurifat abṣāruhum til'qāa aṣḥābi l-nāri qālū rabbanā lā tajʿalnā maʿa l-qawmi l-ẓālimīna

Dhivehi އަދި އެމީހުން يعني: أعراف ގެމީހުންގެ މޫނުތައް ނަރަކައާއި ދިމާއަށް އަނބުރުވައިލެވިއްޖެއްޔާ (އެތަން ފެނިފައި) އެމީހުން ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! މިއަނިޔާވެރި މީސްތަކުންގެ ތެރެއަށް އަޅަމެން ނުލައްވާންދޭވެ!

Verse 48

وَنَادَىٰٓ أَصْحَـٰبُ ٱلْأَعْرَافِ رِجَالًا يَعْرِفُونَهُم بِسِيمَىٰهُمْ قَالُوا۟ مَآ أَغْنَىٰ عَنكُمْ جَمْعُكُمْ وَمَا كُنتُمْ تَسْتَكْبِرُونَ

Transliteration wanādā aṣḥābu l-aʿrāfi rijālan yaʿrifūnahum bisīmāhum qālū mā aghnā ʿankum jamʿukum wamā kuntum tastakbirūna

Dhivehi އަދި أعراف ގެމީހުން (ނަރަކަވަންތަވެރިންކުރެ) ބަޔަކަށް ގޮވައިލާނެއެވެ. އަދި އެމީހުންގައި ހުރި علامة ތަކާއި ނިޝާންތަކުން އެއީ ކޮންބައެއްކަން ރަނގަޅަށް އެނގޭނެއެވެ. އަދި ބުނާނެއެވެ. ކަލޭމެން ދުނިޔޭގައި ޖަމާކުރި ތަކެތީންނާއި އަދި ކަލޭމެންވީ ބޮޑާކަމާއި ކިބުރުވެރިކަމުން ކަލޭމެނަށްވީ ކޮންކަމެއްހެއްޔެވެ؟ (އެއްވެސް ފައިދާއެއް ނުވިއެވެ.

Verse 49

أَهَـٰٓؤُلَآءِ ٱلَّذِينَ أَقْسَمْتُمْ لَا يَنَالُهُمُ ٱللَّهُ بِرَحْمَةٍ ۚ ٱدْخُلُوا۟ ٱلْجَنَّةَ لَا خَوْفٌ عَلَيْكُمْ وَلَآ أَنتُمْ تَحْزَنُونَ

Transliteration ahāulāi alladhīna aqsamtum lā yanāluhumu l-lahu biraḥmatin ud'khulū l-janata lā khawfun ʿalaykum walā antum taḥzanūna

Dhivehi ﷲ ގެ رحمة ނުލިބޭނެކަމަށް ކަލޭމެން (مشرك ން) ބުނެ ހުވައިކުރީ މި މީހުންނާއި ދިމާލަށްހެއްޔެވެ؟ (އެބަޔަކީ مؤمن ންކުރެ ދެރަވަރު ضعيف ބަޔަކުކަމުގައިވިއެވެ.) ﷲ އެމީހުންނަށް އަންގަވާނެއެވެ. ކަލޭމެން ސުވަރުގެވަންނާށެވެ! އަދި ކަލޭމެންގެމައްޗަކަށް އެއްވެސްބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި ކަލޭމެން ނުވެއެވެ.

Verse 50

وَنَادَىٰٓ أَصْحَـٰبُ ٱلنَّارِ أَصْحَـٰبَ ٱلْجَنَّةِ أَنْ أَفِيضُوا۟ عَلَيْنَا مِنَ ٱلْمَآءِ أَوْ مِمَّا رَزَقَكُمُ ٱللَّهُ ۚ قَالُوٓا۟ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلْكَـٰفِرِينَ

Transliteration wanādā aṣḥābu l-nāri aṣḥāba l-janati an afīḍū ʿalaynā mina l-māi aw mimmā razaqakumu l-lahu qālū inna l-laha ḥarramahumā ʿalā l-kāfirīna

Dhivehi އަދި ނަރަކަވަންތަވެރިން ސުވަރުގެވަންތަވެރިންނަށް ގޮވާނެއެވެ. ބުނާނެއެވެ. ފެނުގެތެރެއިން ކޮންމެވެސް މިންވަރެއް އަހުރެމެންގެ މައްޗަށް އޮއްސައިދީބަލާށެވެ! ނުވަތަ ﷲ تعالى ކަލޭމެންނަށް ދެއްވި رزق ތެރެއިން ބައެއް އަހުރެމެންނަށްވެސް ދީބަލާށެވެ! އެމީހުން އެބަހީ ސުވަރުގެވަންތަވެރިން ބުނާނެއެވެ. ހަމަކަށަވަރުން ﷲ تعالى ވަނީ ކާފަރުންގެމައްޗަށް އެތަކެތި حرام ކުރައްވާފައެވެ.

Verse 51

ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَهْوًا وَلَعِبًا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ نَنسَىٰهُمْ كَمَا نَسُوا۟ لِقَآءَ يَوْمِهِمْ هَـٰذَا وَمَا كَانُوا۟ بِـَٔايَـٰتِنَا يَجْحَدُونَ

Transliteration alladhīna ittakhadhū dīnahum lahwan walaʿiban wagharrathumu l-ḥayatu l-dun'yā fal-yawma nansāhum kamā nasū liqāa yawmihim hādhā wamā kānū biāyātinā yajḥadūna

Dhivehi އެމީހުންނަކީ އެމީހުންގެ دين ކުޅިވަރާއި މަލާމާތެއްކަމުގައި ހަދައިލި މީހުންނެވެ. އަދި ދުނިޔޭ ދިރިއުޅުން އެމީހުން ހައްލުވައިލާ ވާވައްދައިލިމީހުންނެވެ. ފަހެ އެމީހުންގެ މިދުވަހާއި އެބައިމީހުން ބައްދަލުވުމާމެދު އެމީހުން ހަނދާން ނައްތައިލިފަދައިން ތިމަންރަސްކަލާނގެ މިއަދު އެމީހުންގެމަތީން ހަނދުމަނެތިވެވޮޑިގަންނަވާހުށީމެވެ. (ބަނޑުހައިވެ ފެންބޮވައިގެންފައިވާ حال عذاب ގެތެރެއަށް އެމީހުން ދޫކޮށްލާ ހަނދުމަނެތިވެވޮޑިގަންނަވާހުށީމެވެ. އަދި އެއީ އެމީހުން (ދުނިޔޭގައި) ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ އެއަށް ކާފަރުވާކަމުގެ ސަބަބުންވެސްމެއެވެ.

Verse 52

وَلَقَدْ جِئْنَـٰهُم بِكِتَـٰبٍ فَصَّلْنَـٰهُ عَلَىٰ عِلْمٍ هُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ

Transliteration walaqad ji'nāhum bikitābin faṣṣalnāhu ʿalā ʿil'min hudan waraḥmatan liqawmin yu'minūna

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކާފަރުންގެގާތަށް ފޮތެއް ގެނަސްދީފީމެވެ. (އެއީ އެމީހުންގެ ނަބިއްޔާއަށް ބާވައިލެއްވި قرآن އެވެ.) ތިމަންރަސްކަލާނގެ އެފޮތް (حقّ އާއި باطل ވަކިވާގޮތަށް) تفصيل ކޮށްދެއްވީ ހަމަ ތިމަންރަސްކަލާނގެ ދެނެވޮޑިގަތުމުގެ މަތީންނެވެ. އަދި ތެދުކުރާ ބަޔަކަށް (އީމާންވާ ބަޔަކަށް) ތެދުމަގާއި رحمة އެއްގެގޮތުންނެވެ.

Verse 53

هَلْ يَنظُرُونَ إِلَّا تَأْوِيلَهُۥ ۚ يَوْمَ يَأْتِى تَأْوِيلُهُۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبْلُ قَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشْفَعُوا۟ لَنَآ أَوْ نُرَدُّ فَنَعْمَلَ غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ قَدْ خَسِرُوٓا۟ أَنفُسَهُمْ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ

Transliteration hal yanẓurūna illā tawīlahu yawma yatī tawīluhu yaqūlu alladhīna nasūhu min qablu qad jāat rusulu rabbinā bil-ḥaqi fahal lanā min shufaʿāa fayashfaʿū lanā aw nuraddu fanaʿmala ghayra alladhī kunnā naʿmalu qad khasirū anfusahum waḍalla ʿanhum mā kānū yaftarūna

Dhivehi އެމީހުން ފަހެ އެކަމުގެ تَأْوِيْل އަށްމެނުވީ އެބަ އިންތިޒާރުކުރޭހެއްޔެވެ؟ އެބަހީ އެމީހުން ކުރި ނުބައިކަންތަކުގެ عذاب އަށްމެނުވީ އެމީހުން އެބަ إنتظار ކުރޭހެއްޔެވެ؟ އެމީހުންނަށް އެކަމުގެ عذاب އަންނަދުވަހުން މީގެކުރިން އެކަން ހަނދާންނެތުނުމީހުން ބުނާނެއެވެ. ހަމަކަށަވަރުން އަހަރެމެންގެ ގާތަށް އަހަރެމެންގެ رَبّ ގެ رسول ން حقّ އާއިގެން ވަޑައިގެންނެވިއެވެ. (ފަހެ އެދުވަހުން އެމީހުން އެކަމަށް إقرار ވެ އެއްބަސްވާނެއެވެ. އެކަމަކު ދެން އެއެއްބަސްވުމުގެ އެއްވެސް ފައިދާއެއް ނުވެއެވެ. އަދި އެމީހުން ބުނާނެއެވެ.) ފަހެ އެބަޔަކު އަހުރެމެންނަށް شفاعة ތެރިވާނޭ އެއްވެސް شفاعة ތެރިއަކު އަހުރެމެންނަށް ވާނެބާވައެވެ؟ ނުވަތަ އަހުރެމެން (ދުނިޔޭގައި ކުރިންކުރި) عمل އަށްވުރެ ހެޔޮ عملއެއް ކުރުމަށް އަހުރެމެން ދުނިޔެއަށް އަލުން ރައްދުކުރެވޭނެބާވައެވެ؟ ފޮނުވޭނެބާވައެވެ. (ފޮނުވޭނެނަމަ ކޮންފަދަ ރަނގަޅުހެއްޔެވެ؟) އެމީހުން އެއީ އެމީހުންގެ نفس ތައް ހަމަކަށަވަރުން ގެއްލުމާ ހަލާކުގެތެރެއަށް އެއްލައިލިމީހުންނެވެ. އަދި (ދުނިޔޭގައި) އެމީހުން ދޮގުހެދިހާތަކެތި (އެބަހީ: ﷲ ފިޔަވައި އެތަކެއްޗަށް އެމީހުން އަޅުކަންކުރިހާ ތަކެތި) އެމީހުންގެ ކިބައިން ގެއްލިގެންދިޔައީއެވެ.

Verse 54

إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِى ٱلَّيْلَ ٱلنَّهَارَ يَطْلُبُهُۥ حَثِيثًا وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَٰتٍۭ بِأَمْرِهِۦٓ ۗ أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ

Transliteration inna rabbakumu l-lahu alladhī khalaqa l-samāwāti wal-arḍa fī sittati ayyāmin thumma is'tawā ʿalā l-ʿarshi yugh'shī al-layla l-nahāra yaṭlubuhu ḥathīthan wal-shamsa wal-qamara wal-nujūma musakharātin bi-amrihi alā lahu l-khalqu wal-amru tabāraka l-lahu rabbu l-ʿālamīna

Dhivehi (އޭ މީސްތަކުންނޭވެ!) ކަލޭމެންގެ رَبّ އަކީ ﷲ އެވެ. އެކަލާނގެއީ ހަދުވަހުގެތެރޭގައި އުޑުތަކާއި ބިން ހެއްދެވި ކަލާނގެއެވެ. ދެން އެކަލާނގެ عَرْش އަށް استوى ވެވޮޑިގެންނެވިއެވެ. އެކަލާނގެ ދުވާލުގެމައްޗަށް ރޭގަނޑުގެންނަވައި ނިވައިކުރައްވައެވެ. ރޭގަނޑު އަވަސްކަމާއިއެކު ދުވާލަށް އެދިގަނެއެވެ. އަދި އިރާއި ހަނދާއި ތަރިތައް އެކަލާނގެ أمر ފުޅަށް ކިޔަމަންވެގެންވެއެވެ. ދަންނާށެވެ! އެންމެހައި ތަކެތި ހެއްދެވުމާއި އެތަކެތީގެ އެންމެހައި އަމުރެއް (އަދި حكم އެއް) خاصّ ވެ ملك ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. ﷲ ބަރަކާތްވަންތަވެވޮޑިގެންވެއެވެ. އެއީ عالم ތަކުގެވެރި رَبُّ އެވެ.

Verse 55

ٱدْعُوا۟ رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ إِنَّهُۥ لَا يُحِبُّ ٱلْمُعْتَدِينَ

Transliteration id'ʿū rabbakum taḍarruʿan wakhuf'yatan innahu lā yuḥibbu l-muʿ'tadīna

Dhivehi ނިކަމެތިކަމާއި ބިރުވެތިވެ މަޑުމޮޅިކަމާއިއެކު ކަލޭމެން ކަލޭމެންގެ رَبّ އަށް دعاء ކޮށް ދަންނަވާށެވެ! އަދި އަޅުކަން ކުރާށެވެ! ހަމަކަށަވަރުން (دعاء ކުރުމުގައިވެސް) ހައްދުފަހަނަޅައިދާމީހުންނަށް އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ. (دعاء ކުރުމުގައި ހައްދުފަހަނަޅައި ދިއުމަކީ މިސާލަކަށް - މާއަޑުހަރުކޮށް ހަޅޭލަވާގޮތަށް دعاء ކުރުން - ތިމާއަށް حقّ ނޫން ކަންކަމަށް دعاء ކުރުންފަދަ ކަންކަމެވެ.)

Verse 56

وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَـٰحِهَا وَٱدْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ ٱللَّهِ قَرِيبٌ مِّنَ ٱلْمُحْسِنِينَ

Transliteration walā tuf'sidū fī l-arḍi baʿda iṣ'lāḥihā wa-id'ʿūhu khawfan waṭamaʿan inna raḥmata l-lahi qarībun mina l-muḥ'sinīna

Dhivehi އަދި ބިންގަނޑު إصلاح ވެ ﷲ ގެ كلمة ފުޅު ފައުޅުވެ ހަމަޖެހުމަށްފަހު ކަލޭމެން އެބިމުގައި شريك ކޮށް ނުހަދާށެވެ. شريك ކުރުން އެއީ އެންމެބޮޑު ފަސާދައެވެ. (އަދި ހުރިހާ ބާވަތެއްގެ ފަސާދައެއް މިއާޔަތުގެ ދަށަށް ވަދެއެވެ.) އަދި ކަލޭމެން އެކަލާނގެ عذاب އަށް ބިރުވެތިވާ حال ގައްޔާއި އެކަލާނގެ رحمة އާއި ثواب އަށް އެދި ދަހިވެތިވާ حال އެކަލާނގެއަށް دعاء ކުރާށެވެ! ހަމަކަށަވަރުން إحسان ތެރިންނަށް ﷲ ގެ رحمة ދާދި ގާތްވެގެންވެއެވެ.

Verse 57

وَهُوَ ٱلَّذِى يُرْسِلُ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦ ۖ حَتَّىٰٓ إِذَآ أَقَلَّتْ سَحَابًا ثِقَالًا سُقْنَـٰهُ لِبَلَدٍ مَّيِّتٍ فَأَنزَلْنَا بِهِ ٱلْمَآءَ فَأَخْرَجْنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِ ۚ كَذَٰلِكَ نُخْرِجُ ٱلْمَوْتَىٰ لَعَلَّكُمْ تَذَكَّرُونَ

Transliteration wahuwa alladhī yur'silu l-riyāḥa bush'ran bayna yaday raḥmatihi ḥattā idhā aqallat saḥāban thiqālan suq'nāhu libaladin mayyitin fa-anzalnā bihi l-māa fa-akhrajnā bihi min kulli l-thamarāti kadhālika nukh'riju l-mawtā laʿallakum tadhakkarūna

Dhivehi އަދި އެކަލާނގެ رحمة ކަމުގައިވާ ވާރެއައުމުގެކުރިން ވާރެއައުމުގެ އުފާވެރި ނިޝާނެއްގެގޮތުން ވައިފޮނުއްވީ ހަމަ އެކަލާނގެއެވެ. އެއީ އެ ވައި ފެނުން ބަރުވެފައިވާ ވިލާތައް އުފުލައިފުމަށްދާދެނެވެ. އެއީ މަރުވެ ހަނަފަސްވެފައިވާ ރަށަށް ތިމަންރަސްކަލާނގެ އެފެންދިނުމަށެވެ. ދެންފަހެ އެވިލާގަނޑުން ތިމަންރަސްކަލާނގެ ފެންވެއްސަވަމެވެ. އަދި އެފެނުން ތިމަންރަސްކަލާނގެ ހުރިހާ ބާވަތެއްގެ ގަސްގަހުގެ މަތިވަރު (މޭވާއާއި ގޮވާން) ނެރުއްވަމެވެ. ކަލޭމެން (محشر އަށް ފޮނުއްވުމަށް) ކައްވަޅުތަކުން ނެރުއްވާނީ ހަމަ އެފަދައިންނެވެ. (އެވާރޭފެން ވެހުނީމާ ބިމުން ގަސްތައް ފަޅައިގަންނަގޮތަށެވެ. މިކަންމިގޮތަށް بيان ކުރައްވަނީ) ކަލޭމެން آخرة ހަނދާންކޮށް ذِكر ކުރުމަށެވެ.

Verse 58

وَٱلْبَلَدُ ٱلطَّيِّبُ يَخْرُجُ نَبَاتُهُۥ بِإِذْنِ رَبِّهِۦ ۖ وَٱلَّذِى خَبُثَ لَا يَخْرُجُ إِلَّا نَكِدًا ۚ كَذَٰلِكَ نُصَرِّفُ ٱلْـَٔايَـٰتِ لِقَوْمٍ يَشْكُرُونَ

Transliteration wal-baladu l-ṭayibu yakhruju nabātuhu bi-idh'ni rabbihi wa-alladhī khabutha lā yakhruju illā nakidan kadhālika nuṣarrifu l-āyāti liqawmin yashkurūna

Dhivehi އަދި (ބިންގަނޑު) ރަނގަޅު ރަށް (ދަންނައެވެ!) އެރަށުގެ رَبُّ ގެ އިޒުނަފުޅަށް އެރަށުގެ ފަތްޕިލާވެލި ރަނގަޅުކޮށް ނުކުމެއެވެ. އަދި (ބިންގަނޑު) ނުބައިވެގެންވާ ރަށް (ދަންނައެވެ!) މަދުމަދުން އަދި އުނދަގޫކޮށް ވިޔާނުދާ އެއްޗެއްމެނުވީ ނުނުކުމެއެވެ. ނުފަޅައެވެ. އަދި ތިމަންރަސްކަލާނގެ آية ތައް އަދި دليل ތައް ތަފާތުކޮށް ބަދަލުކުރައްވަނީ شكر ކުރާ ބަޔަކަށެވެ. • ދަންނައެވެ! މިއާޔަތުގައި މިވަނީ ﷲ ބާވައިލައްވާ وحي ގެ މިސާލެވެ. ވާރޭވެހުނީމާ ރަނގަޅު ބިންގަނޑަށް ރަނގަޅު އަސަރުކުރާގޮތަށް مؤمن ންގެ ހިތްތަކަށް ރަނގަޅު އަސަރުކޮށް އީމާންވެ އެކަލާނގެއަށް ކިޔަމަންތެރިވެ شكر ކުރެއެވެ. وحي ގެ މިސާލު އެވަނީ ކުރީ އާޔަތުގައި އެވާ ވާރޭގެ މިސާލުގައެވެ. ރަނގަޅު ބިންގަނޑު އެއީ مؤمن އަޅާގެ ހިތެވެ. އަދި ނުބައި ބިންގަނޑު އެއީ ކާފަރުގެ ހިތެވެ. ހަމަ އެފެން ވެހުނީމާ އެއިން އެއްވެސް އަސަރެއްނުކޮށް އީމާންނުވެ ކިޔަމަންނުވެ ﷲ އަށް شكر ނުކުރީއެވެ. والله أعلم.

Verse 59

لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ

Transliteration laqad arsalnā nūḥan ilā qawmihi faqāla yāqawmi uʿ'budū l-laha mā lakum min ilāhin ghayruhu innī akhāfu ʿalaykum ʿadhāba yawmin ʿaẓīmin

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ نوح (عليه السّلام) އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އެއްވެސް حقّ إله އަކު ކަލޭމެންނަކަށް ނުވެއެވެ. ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަލޭމެނަށް އަތުވެދާނެތީ ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ.

Verse 60

قَالَ ٱلْمَلَأُ مِن قَوْمِهِۦٓ إِنَّا لَنَرَىٰكَ فِى ضَلَـٰلٍ مُّبِينٍ

Transliteration qāla l-mala-u min qawmihi innā lanarāka fī ḍalālin mubīnin

Dhivehi އެކަލޭގެފާނުންގެ قوم ގެ މީހުން ދެންނެވިއެވެ. (އޭ نوح އެވެ!) އަހުރެމެން ދެކެނީ ކަލޭގެފާނު ބަޔާންވެގެންވާ މަގުފުރެއްދުމެއްގައިވާކަމުގައެވެ.

Verse 61

قَالَ يَـٰقَوْمِ لَيْسَ بِى ضَلَـٰلَةٌ وَلَـٰكِنِّى رَسُولٌ مِّن رَّبِّ ٱلْعَـٰلَمِينَ

Transliteration qāla yāqawmi laysa bī ḍalālatun walākinnī rasūlun min rabbi l-ʿālamīna

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުންގެ ކިބައިގައި އެއްވެސް މަގުފުރެދުމެއްނުވެއެވެ. އަދި އެހެނެއްކަމަކު ތިމަންކަލޭގެފާނީ ހަމަކަށަވަރުން عالم ތަކުގެވެރި رَبّ ގެ حضرة ންވާ رسول އަކީމެވެ.

Verse 62

أُبَلِّغُكُمْ رِسَـٰلَـٰتِ رَبِّى وَأَنصَحُ لَكُمْ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ

Transliteration uballighukum risālāti rabbī wa-anṣaḥu lakum wa-aʿlamu mina l-lahi mā lā taʿlamūna

Dhivehi ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ رَبّ ގެ رسول ކަން ކަލޭމެނަށް އިއްވައިދެއްވަނީއެވެ. އަދި ކަލޭމެންނަށް نصيحة ތެރިވަނީއެވެ. އަދި ކަލޭމެންނަށް ނޭނގޭތަކެތި ﷲ ގެ حضرة ން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.

Verse 63

أَوَعَجِبْتُمْ أَن جَآءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنكُمْ لِيُنذِرَكُمْ وَلِتَتَّقُوا۟ وَلَعَلَّكُمْ تُرْحَمُونَ

Transliteration awaʿajib'tum an jāakum dhik'run min rabbikum ʿalā rajulin minkum liyundhirakum walitattaqū walaʿallakum tur'ḥamūna

Dhivehi އަޅެފަހެ ކަލޭމެންގެތެރެއިން މީހަކަށް ކަލޭމެންގެ رَبّ ގެ حضرة ން نصيحة އާއި وعظ އެއް އަދި ذِكر އެއް އައުމަކީ ކަލޭމެން عجائب ވާކަމަކަށް ވަނީހެއްޔެވެ؟ އެއީ އަދި ކަލޭމެންނަށް إنذار ކުރައްވައި ކަލޭމެން تقوى ވެރިވުމަށް އެންގެވުމަށެވެ. އެއީކަލޭމެންނަށް رحمة ލައްވައިތޯއެވެ.

Verse 64

فَكَذَّبُوهُ فَأَنجَيْنَـٰهُ وَٱلَّذِينَ مَعَهُۥ فِى ٱلْفُلْكِ وَأَغْرَقْنَا ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَآ ۚ إِنَّهُمْ كَانُوا۟ قَوْمًا عَمِينَ

Transliteration fakadhabūhu fa-anjaynāhu wa-alladhīna maʿahu fī l-ful'ki wa-aghraqnā alladhīna kadhabū biāyātinā innahum kānū qawman ʿamīna

Dhivehi ދެންފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އަދި އެކަލޭގެފާނުންގެ އަރިހުގައިވާ (مؤمن) މީހުން ނާކޮޅުގައި ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ތިމަންރަސްކަލާނގެ (ކަނޑުގައި) غرق ކުރެއްވީމެވެ. މެރުއްވީމެވެ. ހަމަކަށަވަރުން އެމީހުންވީ (حقّ އާއިމެދު) ކަނުވެ އަނދިރިވެގެންވާ ބަޔަކުކަމުގައެވެ. • ދަންނައެވެ! نوح عليه السّلام މިއީ ދުނިޔޭގައި شرك އުފެދުނުފަހުން އެންމެފުރަތަމަ އެކަން މަނާކުރެއްވުމަށް ﷲ ފޮނުއްވި رسول އާއެވެ. آدم عليه السّلام އާއި نوح عليه السّلام ގެ قوم ގައި شرك އުފެދުމާމެދު އެއްހާސް އަހަރުވީކަމުގައިވިއެވެ. އެދުވަސްވަރު شرك ނެތެވެ. އޭގެފަހުން شرك އުފެދި ﷲ ފިޔަވައި ބުދަށް އަޅުކަންކުރަން ފެށުމުން، ﷲ تعالى نوح عليه السّلام رسول ކަމާއިގެން ފޮނުއްވިއެވެ. އެކަލޭގެފާނު دين އަށް ގޮވައިލުންމަތީ ނުވަސަތޭކަ ފަންސާސްއަހަރު ހުންނެވިއެވެ. އީމާންވީ ވަރަށްމަދުބައެކެވެ. އެންމެފަހުން މުޅިދުނިޔެއަށް ބޮޑު طُوفان އެއް ފޮނުއްވައި އެކަލޭގެފާނުންގެ يعني: نوح عليه السّلام ގެ ނައުކޮޅުގައި ތިބިމީހުން ފިޔަވައި އެހެން އެންމެން ކަނޑުގައި غرق ކުރައްވައި މެރުއްވީއެވެ. އެއީ ހައްތާވެސް ކާފަރުންނެވެ. މިވާހަކަ قرآن ގެ އެކިތާ އެކިވަރަށް އެކި عبارة ން އައިސްފައިވެއެވެ. ވާހަކަލިއުމުގެ ދަނޑިވަޅެއްކަމުގައި ނުވީތީ ހަމައެކަނި އާޔަތުގައިވާ ވަރަށް އިހަށް ކުރުކުރީއެވެ.

Verse 65

۞ وَإِلَىٰ عَادٍ أَخَاهُمْ هُودًا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۚ أَفَلَا تَتَّقُونَ

Transliteration wa-ilā ʿādin akhāhum hūdan qāla yāqawmi uʿ'budū l-laha mā lakum min ilāhin ghayruhu afalā tattaqūna

Dhivehi އަދި عاد ބާގައިގެމީހުންގެގާތަށް އެމީހުންގެ أخ هُود (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ ކަލޭމެންނަކަށް (حقّ) އެހެން އެއްވެސް إله އަކު ނުވެއެވެ. ކަލޭމެން ފަހެ تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟

Verse 66

قَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦٓ إِنَّا لَنَرَىٰكَ فِى سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ ٱلْكَـٰذِبِينَ

Transliteration qāla l-mala-u alladhīna kafarū min qawmihi innā lanarāka fī safāhatin wa-innā lanaẓunnuka mina l-kādhibīna

Dhivehi އެކަލޭގެފާނުންގެ قوم ގެ ބޮޑެތި ކާފަރުން ދެންނެވިއެވެ. (އޭ هود އެވެ!) އަހުރެމެންނަށް ފެންނަނީ ކަލޭގެފާނު جاهل އަދި މޮޔަކަމެއްގެތެރޭގައިވާކަމަށެވެ. އަދި އަހުރެމެންނަށް ހީވަނީ ހަމަކަށަވަރުން ކަލޭގެފާނު ވަނީ ދޮގުވެރިންގެތެރެއިންކަމަށެވެ.

Verse 67

قَالَ يَـٰقَوْمِ لَيْسَ بِى سَفَاهَةٌ وَلَـٰكِنِّى رَسُولٌ مِّن رَّبِّ ٱلْعَـٰلَمِينَ

Transliteration qāla yāqawmi laysa bī safāhatun walākinnī rasūlun min rabbi l-ʿālamīna

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް جاهل ކަމެއް މޮޔަކަމެއް ނުވެއެވެ. އަދި އެހެނެއްކަމަކު އަހުރެންނަކީ عالم ތަކުގެވެރި ربّ ގެ حضرة ން ފޮނުއްވާފައިވާ رسول އަކީމެވެ.

Verse 68

أُبَلِّغُكُمْ رِسَـٰلَـٰتِ رَبِّى وَأَنَا۠ لَكُمْ نَاصِحٌ أَمِينٌ

Transliteration uballighukum risālāti rabbī wa-anā lakum nāṣiḥun amīnun

Dhivehi އަހުރެން އަހުރެންގެ ربّ ގެ رسول ކަން ކަލޭމެންނަށް އިއްވައިދެއްވަނީއެވެ. އަދި އަހުރެންނަކީ ކަލޭމެންނަށްވާ އަމާނާތްތެރި نصيحة ތެރިޔަކީމެވެ.

Verse 69

أَوَعَجِبْتُمْ أَن جَآءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنكُمْ لِيُنذِرَكُمْ ۚ وَٱذْكُرُوٓا۟ إِذْ جَعَلَكُمْ خُلَفَآءَ مِنۢ بَعْدِ قَوْمِ نُوحٍ وَزَادَكُمْ فِى ٱلْخَلْقِ بَصْۜطَةً ۖ فَٱذْكُرُوٓا۟ ءَالَآءَ ٱللَّهِ لَعَلَّكُمْ تُفْلِحُونَ

Transliteration awaʿajib'tum an jāakum dhik'run min rabbikum ʿalā rajulin minkum liyundhirakum wa-udh'kurū idh jaʿalakum khulafāa min baʿdi qawmi nūḥin wazādakum fī l-khalqi baṣ'ṭatan fa-udh'kurū ālāa l-lahi laʿallakum tuf'liḥūna

Dhivehi ކަލޭމެންފަހެ ކަލޭމެންގެތެރެއިން ފިރިހެނަކަށް ކަލޭމެންގެ رَبّ ގެ حضرة ން ذكر އެއް (نصيحة އާއި وعظ އެއް) އައުމާއިމެދު ކަލޭމެން عجائب ވަނީހެއްޔެވެ؟ އެއީ އެމީހަކު ކަލޭމެންނަށް إنذار ކުރެއްވުމަށެވެ. އަދި نوح (عليه السّلام) ގެ قوم އަށްފަހު ކަލޭމެން ބިމުގައި އެކަލާނގެ خليفة ވެރިކުރެއްވިކަން ކަލޭމެން ހަނދާންކުރާށެވެ! އަދި ކަލޭމެން ހެއްދެވުމުގައި އެކަލާނގެ ކަލޭމެންގެ ހެއްދެވުން ތަނަވަސްކޮށްދެއްވައި އިތުރުކޮށްދެއްވިއެވެ. (ހަށިތައް ބޮޑެތިކޮށް صحّة ފުރިހަމައަށް ހައްދަވައިދެއްވިއެވެ.) އަދި ﷲ ގެ نعمة ތައް ކަލޭމެން ހަނދާންކުރާށެވެ! އެއީ ކަލޭމެންނަށް ކާމިޔާބުވެ ނަސީބުލިބޭތޯއެވެ.

Verse 70

قَالُوٓا۟ أَجِئْتَنَا لِنَعْبُدَ ٱللَّهَ وَحْدَهُۥ وَنَذَرَ مَا كَانَ يَعْبُدُ ءَابَآؤُنَا ۖ فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ

Transliteration qālū aji'tanā linaʿbuda l-laha waḥdahu wanadhara mā kāna yaʿbudu ābāunā fatinā bimā taʿidunā in kunta mina l-ṣādiqīna

Dhivehi އެމީހުން ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގެންނެވީ ﷲ އަށް އެކަނި އަހުރެމެން އަޅުކަންކުރުމަށް އަމުރުކުރެއްވުމަށާއި އަދި އަހުރެމެންގެ ކާބަފައިން އަޅުކަންކުރާކަމުގައިވިތަކެތި - އެބަހީ ބުދުތައް - އަހުރެމެން ދޫކޮށްލުމަށް އަމުރުކުރައްވަންތޯއެވެ؟ (އެހެން ނުވާނެއެވެ.) ފަހެ ކަލޭގެފާނުވަނީ ތެދުވެރިންގެތެރެއިން ކަމުގައިވަންޏާ އަހުރެމެންނަށް އަންނާނެކަމަށް ތިޔަ وعد ކުރައްވާ (އެ عذاب) ނިކަން ގެނަސްދެއްވައިބައްލަވާށެވެ.

Verse 71

قَالَ قَدْ وَقَعَ عَلَيْكُم مِّن رَّبِّكُمْ رِجْسٌ وَغَضَبٌ ۖ أَتُجَـٰدِلُونَنِى فِىٓ أَسْمَآءٍ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ

Transliteration qāla qad waqaʿa ʿalaykum min rabbikum rij'sun waghaḍabun atujādilūnanī fī asmāin sammaytumūhā antum waābāukum mā nazzala l-lahu bihā min sul'ṭānin fa-intaẓirū innī maʿakum mina l-muntaẓirīna

Dhivehi އެކަލޭގެފާނު - އެބަހީ - هُود عليه السّلام - ވިދާޅުވިއެވެ. ހަމަކަށަވަރުން ކަލޭމެންގެ ربّ ގެ حضرة ން ކަލޭމެންގެމައްޗަށް عذاب އާއި ކޯފާ واقع ވެއްޖެއެވެ. (އައުން حقّ ވެއްޖެއެވެ.) ކަލޭމެންނާއި ކަލޭމެންގެ ކާބަފައިން ކިޔާފައިވާ ހުސްނަންތަކަކާއިމެދު ކަލޭމެން އަހުރެންނާ ޖަދަލުކުރަނީހެއްޔެވެ؟ އެތަކެއްޗަށް (އެބުތަކަށް އަޅުކަންކުރުމާއިމެދު) އެއްވެސް حجّة އެއް دليل އެއް ﷲ ބާވައިލައްވާފައިނުވެއެވެ. ފަހެ ކަލޭމެންނަށް (ﷲ ކުރައްވާ حكم އަކާއިމެދު) إنتظار ކުރާށެވެ! އަހުރެންވެސް ކަލޭމެންނާއެކު إنتظار ކުރަނީއެވެ.

Verse 72

فَأَنجَيْنَـٰهُ وَٱلَّذِينَ مَعَهُۥ بِرَحْمَةٍ مِّنَّا وَقَطَعْنَا دَابِرَ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا ۖ وَمَا كَانُوا۟ مُؤْمِنِينَ

Transliteration fa-anjaynāhu wa-alladhīna maʿahu biraḥmatin minnā waqaṭaʿnā dābira alladhīna kadhabū biāyātinā wamā kānū mu'minīna

Dhivehi ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނާއި - އެބަހީ - هُود عليه السّلام - އާއި އެކަލޭގެފާނުންގެ އަރިހުގައި އީމާންވެގެންވާ މީހުންނާއި ތިމަންރަސްކަލާނގެ رحمة ން ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީސްތަކުންގެ ބުރިކަށިތައްކަނޑައި ހަލާކުކުރެއްވީމެވެ. އަދި އީމާންވީ މީހުންކަމުގައި އެމީހުން ނުވިއެވެ.

Verse 73

وَإِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ هَـٰذِهِۦ نَاقَةُ ٱللَّهِ لَكُمْ ءَايَةً ۖ فَذَرُوهَا تَأْكُلْ فِىٓ أَرْضِ ٱللَّهِ ۖ وَلَا تَمَسُّوهَا بِسُوٓءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ

Transliteration wa-ilā thamūda akhāhum ṣāliḥan qāla yāqawmi uʿ'budū l-laha mā lakum min ilāhin ghayruhu qad jāatkum bayyinatun min rabbikum hādhihi nāqatu l-lahi lakum āyatan fadharūhā takul fī arḍi l-lahi walā tamassūhā bisūin fayakhudhakum ʿadhābun alīmun

Dhivehi އަދި ثمود ބާގައިގެމީހުންގެ ގާތަށް އެމީހުން أخ صالح (عليه السّلام) - رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ އެހެންއެއްވެސް (حقّ) إله އެއް ކަލޭމެންނަށް ނުވެއެވެ. ހަމަކަށަވަރުން (އަހުރެން މިބުނާއެތި އެއީ ތެދުކަމުގެ މައްޗަށް دليل ކުރާ) دليل އާއި حجّة ކަލޭމެންނަށް އަތުވެއްޖެއެވެ. އެ حجّة އައިސްފައި މިވަނީ ކަލޭމެންގެ رَبّ ގެ حضرة ންނެވެ. މިއޮތީ ﷲ ގެ جَمَل ފުޅެވެ. އެއީ ކަލޭމެނަށްވާ ބަރާބަރު دليل އެކެވެ. حجّة އެކެވެ. ފަހެ ﷲ ގެ ބިމުން އޭތި ކައިބޮއިއުޅުމަށް ކަލޭމެން ދޫކޮށްލާށެވެ! އެޔަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ގޯނާއެއް ނުކުރާށެވެ! ގޯނާއެއްކޮށް އެޔަށް ނުބައިކަމެއްކޮށްފިއްޔާ ކަލޭމެންނަށް ވޭންދެނިވި عذاب އެއް އަތުވެދާނެއެވެ. • ދަންނައެވެ! ثمود ބާގައިގެމީހުން مُعْجِزَة އަކަށް އެދުނީއެވެ. އެއީ رسول ބޭކަލެއްކަން ثابت ވާފަދަ دليل އެކެވެ. ދެންފަހެ صالح (عليه السّلام) އެމީހުންނާއިގެން އެތާ ދާދިގާތުގައި ބިމުން އުފުލިފައިވާ އުސްގަނޑަކަށް (ބައެއް ރިވާޔަތެއްގައި ކުޑަފަރުބަދައެއްގެގާތަށް ވަޑައިގެންނެވީއެވެ. އެކަލޭގެފާނާ އެމީހުން އެތަނަށްގޮސް ހުއްޓުނުއިރު މާބަނޑު އަންހެނަކު ވިހަން ކުކުރާގޮތަށް އެތަން ކުކުރަނީއެވެ. އިރުކޮޅަކުން އެތަން ފަޅައިގެންގޮސް ދުރުވެފައި އެތަނުން ނުކުތީ އެ جَمَل އެވެ. صالح ގެފާނު ވިދާޅުވިއެވެ. މިއީ ﷲ ގެ جَمَل ފުޅެވެ. އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! އޭތި އަމިއްލައަށް ކައިބޮއިހަދާނެއެވެ. ކަލޭމެން ކިރުފެލާށެވެ! އެއްދުވަހު ރަށުގެފެން ބޯނީ ޖަމަލެވެ. އަނެއް ދުވަހު ކަލޭމެނަށެވެ. ދެން ދުވަސްކޮޅެއްގެފަހު އެރަށުގެ ކާފަރުންގެ جماعة އެއް ނުކުމެ އެ جَمَل ކޮޅު މަރައިލީއެވެ. ދެން ތިންދުވަހުފަހުން އެމީހުންނަށް عذاب އައިސް އެމީހުން މަރުވެދިޔައީއެވެ. އެއީ ގަދައަޑުފަށަކާއިއެކު އައި ގުޑުމެކެވެ. މިވާހަކަވެސް قرآن ގައި تكرار ކޮށްވެއެވެ.

Verse 74

وَٱذْكُرُوٓا۟ إِذْ جَعَلَكُمْ خُلَفَآءَ مِنۢ بَعْدِ عَادٍ وَبَوَّأَكُمْ فِى ٱلْأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُورًا وَتَنْحِتُونَ ٱلْجِبَالَ بُيُوتًا ۖ فَٱذْكُرُوٓا۟ ءَالَآءَ ٱللَّهِ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ

Transliteration wa-udh'kurū idh jaʿalakum khulafāa min baʿdi ʿādin wabawwa-akum fī l-arḍi tattakhidhūna min suhūlihā quṣūran watanḥitūna l-jibāla buyūtan fa-udh'kurū ālāa l-lahi walā taʿthaw fī l-arḍi muf'sidīna

Dhivehi އަދި عاد ބާގައިގެމީހުންނަށްފަހު ބިމުގެ خليفة އިންކަމުގައި އެކަލާނގެ ކަލޭމެންލެއްވިކަން ކަލޭމެން ހަނދާންކުރާށެވެ! އަދި އެކަލާނގެ ކަލޭމެން ބިމުގައި ހަމަޖައްސަވައި ވަޒަންވެރިކުރެއްވިއެވެ. އަދި އެބިމުގެ ފަސޭހަތަނުގައި - އެބަހީ ހަމަ ބިންތާނގައި - ކަލޭމެން ގަނޑުވަރުތައް ހަދައި އަދި ފަރުބަދަތައް ކޮށައިގެން ކަލޭމެން ގެތައް ހަދަމުއެވެ. ފަހެ (ކަލޭމެންގެމައްޗަށްވާ) ﷲ ގެ نعمة ތައް ކަލޭމެން ހަނދާންކުރާށެވެ!އަދި ކަންތައް ހަލާކުކޮށް ބިމުގައި ފާސިދުކުރާ ބަޔަކުކަމުގައި ކަލޭމެން ނުވާށެވެ!

Verse 75

قَالَ ٱلْمَلَأُ ٱلَّذِينَ ٱسْتَكْبَرُوا۟ مِن قَوْمِهِۦ لِلَّذِينَ ٱسْتُضْعِفُوا۟ لِمَنْ ءَامَنَ مِنْهُمْ أَتَعْلَمُونَ أَنَّ صَـٰلِحًا مُّرْسَلٌ مِّن رَّبِّهِۦ ۚ قَالُوٓا۟ إِنَّا بِمَآ أُرْسِلَ بِهِۦ مُؤْمِنُونَ

Transliteration qāla l-mala-u alladhīna is'takbarū min qawmihi lilladhīna us'tuḍ'ʿifū liman āmana min'hum ataʿlamūna anna ṣāliḥan mur'salun min rabbihi qālū innā bimā ur'sila bihi mu'minūna

Dhivehi އަދި صالح ގެފާނަށް އީމާންވި ދެރަނިކަމެތިންނަށް އެ قوم ގެ (ނުކިޔަމަންތެރި) كِبْرُ ވެރި ބޮޑެތިމީހުން - އިސްމީހުން - ބުންޏެވެ. صالح އެއީ އޭނާގެ رَبُّ ގެ حضرة ން ފޮނުއްވާފައިވާ رسول އަކުކަން ކަލޭމެންނަށް އެނގޭހެއްޔެވެ؟ އެމީހުން - އެބަހީ ނިކަމެތި ދެރަމީހުން - ބުންޏެވެ. އެކަލޭގެފާނު އެކަމަކާއިގެން ފޮނުވުނު ކަންތަކަށް އަހުރެމެން މިވަނީ އީމާންވެގެންނެވެ.

Verse 76

قَالَ ٱلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا بِٱلَّذِىٓ ءَامَنتُم بِهِۦ كَـٰفِرُونَ

Transliteration qāla alladhīna is'takbarū innā bi-alladhī āmantum bihi kāfirūna

Dhivehi كِبْرُ ވެރި ބޮޑާމީހުން ބުންޏެވެ. ކަލޭމެން އެއެއްޗަކަށް އީމާންވީ އެއްޗަށް އަހަރެމެން މިވަނީ ކާފަރުވެގެންނެވެ. (އެބަހީ - صالح ގެފާނުންގެ رسول ކަމަށް އަހަރެމެން މިވަނީ ކާފަރުވެގެންނެވެ.)

Verse 77

فَعَقَرُوا۟ ٱلنَّاقَةَ وَعَتَوْا۟ عَنْ أَمْرِ رَبِّهِمْ وَقَالُوا۟ يَـٰصَـٰلِحُ ٱئْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلْمُرْسَلِينَ

Transliteration faʿaqarū l-nāqata waʿataw ʿan amri rabbihim waqālū yāṣāliḥu i'tinā bimā taʿidunā in kunta mina l-mur'salīna

Dhivehi ދެންފަހެ އެ قوم ގެ ކާފަރުންކުރެބަޔަކު އެ جَمَلُ ކޮޅު މަރައިފިއެވެ. އަދި އެމީހުން އެމީހުންގެ رَبّ ގެ أمر ފުޅަށް އުރެދިއްޖެއެވެ. ނުކިޔަމަންތެރިވެއްޖެއެވެ. އަދި އެމީހުން ބުނީ، އޭ صالح ގެފާނެވެ. ކަލޭގެފާނު ތިޔައީ ފޮނުއްވިގެންވާ رسول ބޭކަލަކުކަމުގައިވަންޏާ އަހުރެމެންނަށް އަންނާނެކަމަށް ތިޔަވިދާޅުވާ عذاب އެއް ނިކަން ގެނަސްދެއްވާށެވެ.

Verse 78

فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ

Transliteration fa-akhadhathumu l-rajfatu fa-aṣbaḥū fī dārihim jāthimīna

Dhivehi ދެންފަހެ ގަދައަޑުފަށަކާއި زَلْزَلَة އެއް އައިސް އޭގެ އަޑުފަށަށް އެމީހުންގެ ގޯތިގެދޮރުތަކުގައި މަރުވެ ކަކޫމައްޗަށް ތިރިވެގެންވާ حال އެމީހުން ފަތިސްކޮށްފިއެވެ. އެމީހުން މަރުވެ ހަލާކުވެގެންދިޔައީއެވެ.

Verse 79

فَتَوَلَّىٰ عَنْهُمْ وَقَالَ يَـٰقَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّى وَنَصَحْتُ لَكُمْ وَلَـٰكِن لَّا تُحِبُّونَ ٱلنَّـٰصِحِينَ

Transliteration fatawallā ʿanhum waqāla yāqawmi laqad ablaghtukum risālata rabbī wanaṣaḥtu lakum walākin lā tuḥibbūna l-nāṣiḥīna

Dhivehi އަދި އެކަލޭގެފާނު - އެބަހީ صالح ގެފާނު އެމީހުންނާ ފުރަގަސްދެއްވާ ވަޑައިގެންފިއެވެ. އަދި އެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ހަމަކަށަވަރުން އަހުރެންގެ ރައްބުގެ رسول ކަން އަހުރެން ކަލޭމެންނަށް އިއްވައިފީމެވެ. އަދި އަހުރެން ކަލޭމެނަށް نصيحة ތެރިވެއްޖައީމެވެ. އަދި އެހެނެއްކަމަކު نصيحة ތެރިވާމީހުންނަށް ކަލޭމެން ލޯބިނުކުރީމުއެވެ. އެމީހުންގެ ބަސްނުއެހީމުއެވެ.

Verse 80

وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ ٱلْعَـٰلَمِينَ

Transliteration walūṭan idh qāla liqawmihi atatūna l-fāḥishata mā sabaqakum bihā min aḥadin mina l-ʿālamīna

Dhivehi އަދި لُوط (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. ނުވަތަ އެކަލޭގެފާނު އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން عالم ގެ އެކަކުވެސް (ދުނިޔޭގެ އެއްވެސްތާކު) ކަލޭމެންގެކުރިން ނުކުރާ فاحِش ކަންތައް ކަލޭމެން ކުރަނީއެވެ. (ފިރިހެންކުޅިކުޅެނީއެވެ.)

Verse 81

إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ

Transliteration innakum latatūna l-rijāla shahwatan min dūni l-nisāi bal antum qawmun mus'rifūna

Dhivehi ހަމަކަށަވަރުން ކަލޭމެން شَهْوَة ގެގޮތުން (އެދުންފުއްދުމުގެގޮތުން) އަންހެނުން ފިޔަވައި ފިރިހެނުން ގެނަސްގަންނަނީއެވެ. لِوَاط ކުރަނީއެވެ. އަދި ކިއެއްހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންނަކީ (حرام ކަންތައްކުރުމާއި އުރެދުމުގައި) إسراف ކުރާ ބައެކެވެ. ހައްދުފަހަނަޅާފައިވާ ބައެކެވެ.

Verse 82

وَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوهُم مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ

Transliteration wamā kāna jawāba qawmihi illā an qālū akhrijūhum min qaryatikum innahum unāsun yataṭahharūna

Dhivehi އަދި އެކަލޭގެފާނުންގެ قوم ގެމީހުންގެ جواب ގައި (އަންނަނިވިފަދައިންމެނުވީ ނުވެއެވެ.) އެމީހުން ބުނީ އެބަހީ އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބުނީ ކަލޭމެން ކަލޭމެންގެ ރަށުން އެމީހުން ނެރޭށެވެ! އެބަހީ لوط ގެފާނާއި އެކަލޭގެފާނަށް تبع ވީމީހުން ނެރޭށެވެ! ހަމަކަށަވަރުން ތިމަންމެން މިއީ طاهر ވެގަންނަ ބަޔަކީމުއެވެ.

Verse 83

فَأَنجَيْنَـٰهُ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ كَانَتْ مِنَ ٱلْغَـٰبِرِينَ

Transliteration fa-anjaynāhu wa-ahlahu illā im'ra-atahu kānat mina l-ghābirīna

Dhivehi ފަހެ އެކަލޭގެފާނާއި - އެބަހީ لُوط (عليه السّلام) އާއި އެކަލޭގެފާނުންގެ أهل ވެރިންކުރެ އެކަލޭގެފާނުންގެ އަނބިކަނބަލުންމެނުވީ ދެންތިބި އެންމެހައި މުއުމިނުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. (އެބަހީ އެކަލޭގެފާނުންގެ އަނބިކަނބަލުންމެނުވީ އެކަލޭގެފާނުންގެ އެންމެހައި أهل ވެރިން ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން އެކަމަނާވީ (عذاب ގައި) ބާކީތިބިމީހުންގެތެރެއިންނެވެ.

Verse 84

وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُجْرِمِينَ

Transliteration wa-amṭarnā ʿalayhim maṭaran fa-unẓur kayfa kāna ʿāqibatu l-muj'rimīna

Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (ވަރަށްނުބައިވެގެންވާ) ވާރޭއަކުން ވާރޭވެއްސެވީމެވެ. ފަހެ ނުބައިނުލަފާމީހުންގެ ނިމުން އެމީހުންގެ ފަހުކޮޅުވެގެންދިޔަގޮތް ކަލޭގެފާނު ނިކަން ދެކެވަޑައިގަންނަވާށެވެ! އެބަހީ އެކަމަށް فكر ފުޅުކުރައްވާށެވެ!

Verse 85

وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ فَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَـٰحِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ

Transliteration wa-ilā madyana akhāhum shuʿayban qāla yāqawmi uʿ'budū l-laha mā lakum min ilāhin ghayruhu qad jāatkum bayyinatun min rabbikum fa-awfū l-kayla wal-mīzāna walā tabkhasū l-nāsa ashyāahum walā tuf'sidū fī l-arḍi baʿda iṣ'lāḥihā dhālikum khayrun lakum in kuntum mu'minīna

Dhivehi އަދި مَدْيَنُ ގެ أهل ވެރިންގެގާތަށް އެމީހުންގެ أخ شُعَيْبُ (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ އެހެންއެއްވެސް حقّ إله އެއް ކަލޭމެނަކަށް ނުވެއެވެ. ހަމަކަށަވަރުން ކަލޭމެންގެ رَبّ ގެ حضرة ން بيان ވެގެންވާ دليل އާއި حجّة ކަލޭމެންގެގާތަށް އަތުވެއްޖެއެވެ. ފަހެ މިނުމާއި ކިރުން ކަލޭމެން ފުރިހަމަކުރާށެވެ! އަދި މީސްތަކުންގެ ތަކެތި ކަލޭމެން އުނި ނުކުރާށެވެ! އަދި ބިން صُلح ކޮށް ރަނގަޅަށް އޮތުމަށްފަހު ކަލޭމެން ފާސިދުކޮށް ނުބައިނުކުރާށެވެ! ކަލޭމެންނަކީ مؤمن ން ކަމުގައިވަންޏާ އެގޮތް ކަލޭމެންނަށް ހެޔޮވެގެންވެއެވެ.

Verse 86

وَلَا تَقْعُدُوا۟ بِكُلِّ صِرَٰطٍ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ بِهِۦ وَتَبْغُونَهَا عِوَجًا ۚ وَٱذْكُرُوٓا۟ إِذْ كُنتُمْ قَلِيلًا فَكَثَّرَكُمْ ۖ وَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ

Transliteration walā taqʿudū bikulli ṣirāṭin tūʿidūna wataṣuddūna ʿan sabīli l-lahi man āmana bihi watabghūnahā ʿiwajan wa-udh'kurū idh kuntum qalīlan fakatharakum wa-unẓurū kayfa kāna ʿāqibatu l-muf'sidīna

Dhivehi އަދި ކަލޭމެން (شُعَيْبُ ގެފާނުންގެ އަރިހަށްދާމީހުން ބިރުގެންނެވުމަށް) ކޮންމެމަގެއްގައި އިށީނދެ ނުތިބޭށެވެ! އަދި ﷲ އަށް އީމާންވާން އަންނަމީހުން އަޔަނުދީ ﷲ ގެމަގު މީސްތަކުންނަށް ބަންދުކޮށް ނުހަދާށެވެ! އަދި އެމަގު ގުދުކޮށް ކަތިކުރުމަށް ކަލޭމެން މަސައްކަތް ނުކުރާށެވެ! އަދި ކަލޭމެންނަކީ ދާދިމަދުބަޔަކުކަމުގައި ވެފައިވަނިކޮށް އެކަލާނގެ ކަލޭމެންގެ عدد ގިނަކޮށްދެއްވިކަން ހަނދާންކުރާށެވެ! އަދި فاسد ކުރާމީހުންގެ ނިމުން ހުރީ ކޮންފަދައަކުންކަން ކަލޭމެން ނިކަން ދެކެބަލާށެވެ! (އެކަމަށް فكر ކުރާށެވެ!)

Verse 87

وَإِن كَانَ طَآئِفَةٌ مِّنكُمْ ءَامَنُوا۟ بِٱلَّذِىٓ أُرْسِلْتُ بِهِۦ وَطَآئِفَةٌ لَّمْ يُؤْمِنُوا۟ فَٱصْبِرُوا۟ حَتَّىٰ يَحْكُمَ ٱللَّهُ بَيْنَنَا ۚ وَهُوَ خَيْرُ ٱلْحَـٰكِمِينَ

Transliteration wa-in kāna ṭāifatun minkum āmanū bi-alladhī ur'sil'tu bihi waṭāifatun lam yu'minū fa-iṣ'birū ḥattā yaḥkuma l-lahu baynanā wahuwa khayru l-ḥākimīna

Dhivehi އަދި ކަލޭމެންކުރެ ބަޔަކު ތިމަންކަލޭގެފާނު އެކަންކަމާއިގެން ފޮނުވުނު ކަންކަމަށް - އީމާންވިޔަސް އަނެއްބަޔަކު އެކަންކަމަށް އީމާންނުވެއެވެ. ފަހެ އަހުރެމެންނާއި ކަލޭމެންނާއި ދެމެދު ﷲ حكم ކުރައްވާ ނިޔާކުރާންދެން ކަލޭމެން ކެތްތެރިވާށެވެ! އަދި އެކަލާނގެ އެއީ އެންމެހެޔޮކޮށް ނިޔާކުރައްވާ ކަލާނގެއެވެ.

Verse 88

۞ قَالَ ٱلْمَلَأُ ٱلَّذِينَ ٱسْتَكْبَرُوا۟ مِن قَوْمِهِۦ لَنُخْرِجَنَّكَ يَـٰشُعَيْبُ وَٱلَّذِينَ ءَامَنُوا۟ مَعَكَ مِن قَرْيَتِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۚ قَالَ أَوَلَوْ كُنَّا كَـٰرِهِينَ

Transliteration qāla l-mala-u alladhīna is'takbarū min qawmihi lanukh'rijannaka yāshuʿaybu wa-alladhīna āmanū maʿaka min qaryatinā aw lataʿūdunna fī millatinā qāla awalaw kunnā kārihīna

Dhivehi އެކަލޭގެފާނުންގެ قوم ގެ ބޮޑާވެ كِبر ވެރިވިބޮޑުން ދެންނެވިއެވެ. އޭ شُعَيْبُ ގެފާނެވެ! ކަލޭގެފާނާ ކަލޭގެފާނަށް تبع ވެ އީމާންވެގެންވާ މީހުން އަހުރެމެންގެ ރަށުން ނެރެލާނަމެވެ. ނުވަތަ އަހުރެމެންގެ ދީނަށް ކަލޭމެން ހަމަކަށަވަރުންވެސް ވައްދާނަމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެމެން ނުރުހިތިއްބަސް ތިޔަހެން ހަދައިފާނޫހެއްޔެވެ؟

Verse 89

قَدِ ٱفْتَرَيْنَا عَلَى ٱللَّهِ كَذِبًا إِنْ عُدْنَا فِى مِلَّتِكُم بَعْدَ إِذْ نَجَّىٰنَا ٱللَّهُ مِنْهَا ۚ وَمَا يَكُونُ لَنَآ أَن نَّعُودَ فِيهَآ إِلَّآ أَن يَشَآءَ ٱللَّهُ رَبُّنَا ۚ وَسِعَ رَبُّنَا كُلَّ شَىْءٍ عِلْمًا ۚ عَلَى ٱللَّهِ تَوَكَّلْنَا ۚ رَبَّنَا ٱفْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِٱلْحَقِّ وَأَنتَ خَيْرُ ٱلْفَـٰتِحِينَ

Transliteration qadi if'taraynā ʿalā l-lahi kadhiban in ʿud'nā fī millatikum baʿda idh najjānā l-lahu min'hā wamā yakūnu lanā an naʿūda fīhā illā an yashāa l-lahu rabbunā wasiʿa rabbunā kulla shayin ʿil'man ʿalā l-lahi tawakkalnā rabbanā if'taḥ baynanā wabayna qawminā bil-ḥaqi wa-anta khayru l-fātiḥīna

Dhivehi ކަލޭމެންގެ دين ން ﷲ އަހުރެމެން ދުރުކުރައްވައި ސަލާމަތްކޮށްދެއްވުމަށްފަހު ދެން ކަލޭމެންގެ دين އަށް އަހުރެމެން ވަދެއްޖެއްޔާ ހަމަކަށަވަރުން އަހުރެމެން ﷲ އަށް ދޮގެއް އުފައްދައިފިކަން ކަށަވަރެވެ. އަހުރެމެންގެ رَبّ ކަމުގައިވާ ﷲ އިރާދަކުރެއްވިއްޔާމެނުވީ އަހުރެމެން އެދީނަށް އަނބުރާ رُجُوعَ ވުމަކީ އެއްގޮތަކަށްވެސް އަހުރެމެންނަށް އޮތްކަމެއްނޫނެވެ. ހުއްދަވެގެންވާނެކަމެއްނޫނެވެ. އަދި އަހުރެންގެ رَبّ ހުރިހާއެއްޗެއްމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އަހުރެން وكيل ކުރަނީ ހަމަ ﷲ އަށެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ قوم ގެމީހުންނާއި އަޅަމެންނާއި ދެމެދު حقّ ގޮތުގައި ނިޔާކުރައްވާ حكم ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ އެންމެހެޔޮގޮތުގައި حكم ކުރައްވާ ކަލާނގެއެވެ.

Verse 90

وَقَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ لَئِنِ ٱتَّبَعْتُمْ شُعَيْبًا إِنَّكُمْ إِذًا لَّخَـٰسِرُونَ

Transliteration waqāla l-mala-u alladhīna kafarū min qawmihi la-ini ittabaʿtum shuʿayban innakum idhan lakhāsirūna

Dhivehi އަދި އެކަލޭގެފާނުންގެ قوم ގެ ބޮޑެތި ކާފަރުންގެމީހުން (އޭގެ އެހެންމީހުންނަށް ބުންޏެވެ.) ކަލޭމެން شعيب ގެފާނާއި تبع ވެއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންވާނީ ކަށަވަރުންވެސް ގެއްލިހަލާކުވެގެންވާ މީހުންނަށެވެ.

Verse 91

فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ

Transliteration fa-akhadhathumu l-rajfatu fa-aṣbaḥū fī dārihim jāthimīna

Dhivehi ދެން އެމީހުންނަށް رَجْفَة ޖެހިއްޖެއެވެ. އެބަހީ زَلْزَلَة އާއި ގަދައަޑުފަށްގަނޑު އެމީހުންނަށް ޖެހި އެމީހުން މަރުވެ ކަކޫތަކުގެމައްޗަށް ތިރިވެއްޖެއެވެ. އެމީހުންގެ ގޯތިގެދޮރުތަކުގައެވެ.

Verse 92

ٱلَّذِينَ كَذَّبُوا۟ شُعَيْبًا كَأَن لَّمْ يَغْنَوْا۟ فِيهَا ۚ ٱلَّذِينَ كَذَّبُوا۟ شُعَيْبًا كَانُوا۟ هُمُ ٱلْخَـٰسِرِينَ

Transliteration alladhīna kadhabū shuʿayban ka-an lam yaghnaw fīhā alladhīna kadhabū shuʿayban kānū humu l-khāsirīna

Dhivehi شُعَيْبُ (عليه السّلام) ދޮގުކުރިމީހުން ދަންނައެވެ! އެމީހުން އެތާ ދިރިނުއުޅޭފަދައެވެ. (އެންމެން މަރުވެ ތަންޑާވީއެވެ.) شُعَيْبُ (عليه السّلام) ދޮގުކުރި މީހުންވީ ކަނޑައެޅިގެން ގެއްލިހަލާކުވެގެންވީ މީހުންކަމުގައެވެ.

Verse 93

فَتَوَلَّىٰ عَنْهُمْ وَقَالَ يَـٰقَوْمِ لَقَدْ أَبْلَغْتُكُمْ رِسَـٰلَـٰتِ رَبِّى وَنَصَحْتُ لَكُمْ ۖ فَكَيْفَ ءَاسَىٰ عَلَىٰ قَوْمٍ كَـٰفِرِينَ

Transliteration fatawallā ʿanhum waqāla yāqawmi laqad ablaghtukum risālāti rabbī wanaṣaḥtu lakum fakayfa āsā ʿalā qawmin kāfirīna

Dhivehi ދެންފަހެ އެކަލޭގެފާނު އެމީހުންނާ ދުރަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. އޭ އަހުރެންގެ قوم މީހުންނޭވެ! ހަމަކަށަވަރުން އަހުރެން އަހުރެންގެ رَبّ ގެ رسول ކަން ކަލޭމެންނަށް އިއްވައިދީފީމެވެ. އަދި ކަލޭމެންނަށް އަހުރެން نصيحة ތެރިވެއްޖައީމެވެ. (ފަހެ އެހެންނަމަވެސް ކަލޭމެން އީމާންނުވެ ކާފަރުވެއްޖައީމެވެ.) ކާފަރުބައެއްގެ މައްޗަށް އަހުރެން ހިތާމަކުރަންވީ ކޮންފަދައަކުންހެއްޔެވެ؟

Verse 94

وَمَآ أَرْسَلْنَا فِى قَرْيَةٍ مِّن نَّبِىٍّ إِلَّآ أَخَذْنَآ أَهْلَهَا بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَضَّرَّعُونَ

Transliteration wamā arsalnā fī qaryatin min nabiyyin illā akhadhnā ahlahā bil-basāi wal-ḍarāi laʿallahum yaḍḍarraʿūna

Dhivehi (ދެންފަހެ الله وَحِي ކުރެއްވިއެވެ.) އަދި އެއްވެސް ރަށަކަށް އެއްވެސް نبي އަކު ތިމަންރަސްކަލާނގެ ފޮނުއްވައިފިއްޔާ އެރަށެއްގެ أهل ވެރިންނަށް فقير ކަމާއި އުނދަގޫތައް ޖައްސަވައިފާމެނުވީ ނުވެއެވެ. އެއީ އެމީހުން މަޑުމޮޅިވެ ބިރުވެތިވޭތޯއެވެ.

Verse 95

ثُمَّ بَدَّلْنَا مَكَانَ ٱلسَّيِّئَةِ ٱلْحَسَنَةَ حَتَّىٰ عَفَوا۟ وَّقَالُوا۟ قَدْ مَسَّ ءَابَآءَنَا ٱلضَّرَّآءُ وَٱلسَّرَّآءُ فَأَخَذْنَـٰهُم بَغْتَةً وَهُمْ لَا يَشْعُرُونَ

Transliteration thumma baddalnā makāna l-sayi-ati l-ḥasanata ḥattā ʿafaw waqālū qad massa ābāanā l-ḍarāu wal-sarāu fa-akhadhnāhum baghtatan wahum lā yashʿurūna

Dhivehi ދެން ތިމަންރަސްކަލާނގެ އެމީހުންގެ އެނުބައި (އެބަހީ فقير ކަމާއި އުނދަގޫ) ހެޔޮކަމަށް ބަދަލުކުރައްވަމެވެ. (ތަނަވަސްކަމާއި އުފާވެރިކަމަށް ބަދަލުކުރައްވަމެވެ.) އެއީ އެމީހުން މުދަލާއި ދަރިންގިނަކޮށްފުމަށް ދާންދެންނެވެ. އަދި އެމީހުން ބުނެއެވެ. އަހުރެމެންގެ ކާބަފައިންނަށް އުނދަގުލާއި ފަސޭހަ (ނުވަތަ فقير ކަމާއި މުއްސަނދި) ކަންޖެހުނެވެ. ދެންފަހެމިބައިމީހުން ﷲ ގެ އަމުރުފުޅަށް އެއްވެސް ފަރުވާލެއްނެތި މަޖާކުރަން ތިއްބާ ހަމަކުއްލިއަކަށް ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވަމެވެ. އެމީހުންނަށް އެއްވެސް إحساس އެއްވެސްނުވާ حال ގައެވެ. އެއީ ﷲ ގެ مَكر އެވެ. إسْقِدْرَاج އެވެ. މުހުލަތުދެއްވާފައި ހިތްޕެވުމެވެ.

Verse 96

وَلَوْ أَنَّ أَهْلَ ٱلْقُرَىٰٓ ءَامَنُوا۟ وَٱتَّقَوْا۟ لَفَتَحْنَا عَلَيْهِم بَرَكَـٰتٍ مِّنَ ٱلسَّمَآءِ وَٱلْأَرْضِ وَلَـٰكِن كَذَّبُوا۟ فَأَخَذْنَـٰهُم بِمَا كَانُوا۟ يَكْسِبُونَ

Transliteration walaw anna ahla l-qurā āmanū wa-ittaqaw lafataḥnā ʿalayhim barakātin mina l-samāi wal-arḍi walākin kadhabū fa-akhadhnāhum bimā kānū yaksibūna

Dhivehi އަދި ހަމަކަށަވަރުން އެރަށްރަށަށް رسول ބޭކަލުން ވަޑައިގެންނެވި ރަށްރަށުގެ أهل ވެރިން އީމާންވެ تقوى ވެރިވީނަމަ ހަމަކަށަވަރުން އުޑާއިބިން ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް بركاة ތައް އެބަހީ ގިނަހެޔޮތައް ހުޅުވައިދެއްވާ ފަސޭހަކޮށްދެއްވީސްކަން ކަށަވަރެވެ. އަދި އެހެންނަމަވެސް އެމީހުން (އެ رسول ންނާއި އެބޭކަލުން ގެންނެވިތަކެތި ދޮގުކުރީއެވެ.) ދެންފަހެ އެމީހުންކުރި ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކުކުރެއްވީމެވެ.

Verse 97

أَفَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا بَيَـٰتًا وَهُمْ نَآئِمُونَ

Transliteration afa-amina ahlu l-qurā an yatiyahum basunā bayātan wahum nāimūna

Dhivehi އަޅެފަހެ ރަށްރަށުގެ أهل ވެރިން އެމީހުން ނިދާފައިތިއްބާ ރޭގަނޑުގެ ވަގުތުގައި އެމީހުންނަށް ތިމަންރަސްކަލާނގެ ކޯފާއާއި عذاب ނާންނާނެކަމަށް އެމީހުން އެތިބީ އަމާންވެގެންހެއްޔެވެ؟ (އެހެންތިބެން ހެޔޮނުވާނެއެވެ.)

Verse 98

أَوَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ

Transliteration awa-amina ahlu l-qurā an yatiyahum basunā ḍuḥan wahum yalʿabūna

Dhivehi އަދި ރަށްރަށުގެ أهل ވެރިން އެމީހުން ދުވާލުގެ ضُحَى ވަގުތު ކުޅެންތިއްބާ އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ ކޯފާއާއި عذاب ނާންނާނެކަމަށް އެމީހުން އެތިބީ އަމާންވެގެންހެއްޔެވެ؟ (އެހެންތިބެން ހެޔޮނުވާނެއެވެ. - ދިވެހިރާއްޖެއަށްވެސް ފުރަތަމަސުނާމީއައިސް ބަޔަކު މަރުވެގެންދިޔައީ އެވަޤުތުއެވެ.)

Verse 99

أَفَأَمِنُوا۟ مَكْرَ ٱللَّهِ ۚ فَلَا يَأْمَنُ مَكْرَ ٱللَّهِ إِلَّا ٱلْقَوْمُ ٱلْخَـٰسِرُونَ

Transliteration afa-aminū makra l-lahi falā yamanu makra l-lahi illā l-qawmu l-khāsirūna

Dhivehi އެމީހުން ފަހެ ﷲ ގެ މަކަރަށް އަމާންވީހެއްޔެވެ؟ ގެއްލިހަލާކުވެގެންވާ ބަޔަކުމެނުވީ ﷲ ގެ މަކަރަށް އަމާންނުވާނެއެވެ.

Verse 100

أَوَلَمْ يَهْدِ لِلَّذِينَ يَرِثُونَ ٱلْأَرْضَ مِنۢ بَعْدِ أَهْلِهَآ أَن لَّوْ نَشَآءُ أَصَبْنَـٰهُم بِذُنُوبِهِمْ ۚ وَنَطْبَعُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَسْمَعُونَ

Transliteration awalam yahdi lilladhīna yarithūna l-arḍa min baʿdi ahlihā an law nashāu aṣabnāhum bidhunūbihim wanaṭbaʿu ʿalā qulūbihim fahum lā yasmaʿūna

Dhivehi ބިމުގައި ކުރީ ދިރިއުޅުނުމީހުން ހަލާކުވެދިއުމަށްފަހު ދެން އެބިން ވާރުތަކުރިމީހުންނަށް بيان ވެ ނޭނގޭބާވައެވެ. އެހެނީ ތިމަންރަސްކަލާނގެ (އެމީހުން ހަލާކުކުރެއްވިފަދައިން) މިމީހުންވެސް މިމީހުން ކުރި ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެދިވޮޑިގެންފިއްޔާ ހަލާކުކުރައްވާފާހުށިކަން.. އަދި އެމީހުންގެ ހިތްތަކުގެމަތީގައި ސިއްކަޖައްސަވާފާހުށިކަން.. ދެން އޭރުން (وعظ އާއި نصيحة ގެ އަޑު އެމީހުންނަށް ނުއިވޭހުއްޓެވެ.)

Verse 101

تِلْكَ ٱلْقُرَىٰ نَقُصُّ عَلَيْكَ مِنْ أَنۢبَآئِهَا ۚ وَلَقَدْ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ فَمَا كَانُوا۟ لِيُؤْمِنُوا۟ بِمَا كَذَّبُوا۟ مِن قَبْلُ ۚ كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلْكَـٰفِرِينَ

Transliteration til'ka l-qurā naquṣṣu ʿalayka min anbāihā walaqad jāathum rusuluhum bil-bayināti famā kānū liyu'minū bimā kadhabū min qablu kadhālika yaṭbaʿu l-lahu ʿalā qulūbi l-kāfirīna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނަށް އެރަށްރަށުގެ خبر ތައް ތިމަންރަސްކަލާނގެ މިއަންގަވާ بيان ކޮށްދެއްވާ ރަށްރަށް (ދަންނައެވެ!) ހަމަކަށަވަރުން އެރަށްރަށުގެ أهل ވެރިންގެގާތަށް އެމީހުންގެ رسول ބޭކަލުން بيان ވެގެންވާ دليل ތަކާއި حجّة ތަކާއިގެން ވަޑައިގެންނެވިއެވެ. ފަހެ މީގެކުރީން އެމީހުން ދޮގުކުރިތަކެތި ތެދުކޮށް އީމާންވީ ބަޔަކުކަމުގައި އެމީހުން ނުވިއެވެ. (އެބަހީ އެމީހުންނަކީ އެމީހުން ދުނިޔެއަށް އައުމުގެކުރިން ﷲ ގެ ދެނެވޮޑިގަތުމުގައި އެއީ ދޮގުވެރިންކަމުގައި އަދި އެމީހުން ރަސޫލުބޭކަލުން ގެންނަވާނޭތަކެތި ދޮގުކުރާނޭކަމުގައިވާ މީހުންނެވެ. ދެން رسول ބޭކަލުން ވަޑައިގެންނެވިހިނދުންވެސް ﷲ ގެ ދެނެވޮޑިގަތުމުގައިވާފަދައިން އެމީހުން ދޮގުކުރީއެވެ. ދަންނައެވެ! މިއާޔަތުގެ ترجمة ގައި ބަސްތަފާތުވެފައިވެއެވެ. މިތާ ލިޔެވިފައި މިވަނީ أَبُو جَعْفَرُ الطَّبَرِى ތާއީދު ކުރެއްވި ގޮތެވެ.) والله أعلم.\nއަދި ﷲ تعالى ކާފަރުންގެ ހިތްތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވަނީ އެފަދައިންނެވެ.

Verse 102

وَمَا وَجَدْنَا لِأَكْثَرِهِم مِّنْ عَهْدٍ ۖ وَإِن وَجَدْنَآ أَكْثَرَهُمْ لَفَـٰسِقِينَ

Transliteration wamā wajadnā li-aktharihim min ʿahdin wa-in wajadnā aktharahum lafāsiqīna

Dhivehi އަދި އެމީހުންކުރެ ގިނަމީހުންގެ ކިބައިން އެއްވެސް ގޮތަކުން عهد ފުއްދުމެއް ތިމަންރަސްކަލާނގެ ދެކެވޮޑިނުގަންނަވަމެވެ. އަދި އޭގެތެރެއިން ގިނަމީހުން އެއީ فاسق ންކަމުގައި މެނުވީ ތިމަންރަސްކަލާނގެ ދެކެވޮޑިނުގަންނަވަމެވެ.

Verse 103

ثُمَّ بَعَثْنَا مِنۢ بَعْدِهِم مُّوسَىٰ بِـَٔايَـٰتِنَآ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَظَلَمُوا۟ بِهَا ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ

Transliteration thumma baʿathnā min baʿdihim mūsā biāyātinā ilā fir'ʿawna wamala-ihi faẓalamū bihā fa-unẓur kayfa kāna ʿāqibatu l-muf'sidīna

Dhivehi ދެން އެމީސްތަކުންނަށްފަހު ތިމަންރަސްކަލާނގެ އާޔަތްތަކާއި حجّة ތަކާއިގެން موسى (عليه السّلام) فرعون އާއި އޭނާގެ ބޮޑުންގެގާތަށް ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެމީހުންވީ އެއާޔަތްތަކަށް ކާފަރުވީ ބަޔަކުކަމުގައެވެ. ފަހެ فاسد ންގެ (ފަސާދަކުރާމީހުންގެ) ފަހުކޮޅު ވެގެންދިޔަގޮތް ކަލޭގެފާނު ނިކަން ދެކެވަޑައިގަންނަވާށެވެ.

Verse 104

وَقَالَ مُوسَىٰ يَـٰفِرْعَوْنُ إِنِّى رَسُولٌ مِّن رَّبِّ ٱلْعَـٰلَمِينَ

Transliteration waqāla mūsā yāfir'ʿawnu innī rasūlun min rabbi l-ʿālamīna

Dhivehi އަދި موسى (عليه السّلام) ވިދާޅުވިއެވެ. އޭ فرعون އެވެ. ހަމަކަށަވަރުން އަހުރެން މިއީ عالم ތަކުގެ ވެރި رَبّ ގެ حضرة ން ފޮނުއްވާފައިވާ رسول އަކީމެވެ.

Verse 105

حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ قَدْ جِئْتُكُم بِبَيِّنَةٍ مِّن رَّبِّكُمْ فَأَرْسِلْ مَعِىَ بَنِىٓ إِسْرَٰٓءِيلَ

Transliteration ḥaqīqun ʿalā an lā aqūla ʿalā l-lahi illā l-ḥaqa qad ji'tukum bibayyinatin min rabbikum fa-arsil maʿiya banī is'rāīla

Dhivehi ﷲ އަށް حقّ ބަހެއްމެނުވީ ނުބުނުން އަހުރެންނަށް واجب ވެގެންވެއެވެ. ހަމަކަށަވަރުން އަހުރެން ކަލޭމެން ގާތަށް މިއައީ ބަޔާންވެގެންވާ دليل އާއިގެންނެވެ. ކަލޭމެންގެ رَبّ ގެ حضرة ންނެވެ. ފަހެ އެހެންވެ އަހުރެންނާއެކު بني إسرائيل ން ފޮނުއްވައިދެއްވާށެވެ!

Verse 106

قَالَ إِن كُنتَ جِئْتَ بِـَٔايَةٍ فَأْتِ بِهَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ

Transliteration qāla in kunta ji'ta biāyatin fati bihā in kunta mina l-ṣādiqīna

Dhivehi އޭނާ ބުންޏެވެ. (އެބަހީ: فرعون ވިދާޅުވިއެވެ.) ކަލޭ ތިޔަ އައީ معجزة އަކާއިގެންކަމަށްވަންޏާ އެ معجزة އެއް ނިކަން ގެނަސްބަލާށެވެ! ކަލޭ ތެދުވެރިންގެތެރެއިންވާ ކަމުގައިވަންޏާއެވެ.

Verse 107

فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌ مُّبِينٌ

Transliteration fa-alqā ʿaṣāhu fa-idhā hiya thuʿ'bānun mubīnun

Dhivehi ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ އަސާކޮޅު އެއްލަވައިފިއެވެ. ދެން އެހައިރުން އޭތި بيان ވެގެންވާ ހަރުފަޔަކަށްވެއްޖެއެވެ.

Verse 108

وَنَزَعَ يَدَهُۥ فَإِذَا هِىَ بَيْضَآءُ لِلنَّـٰظِرِينَ

Transliteration wanazaʿa yadahu fa-idhā hiya bayḍāu lilnnāẓirīna

Dhivehi އަދި އެކަލޭގެފާނުންގެ އަތްޕުޅު (ޖީބުގެތެރެއިން) ނެރުއްވައިފިއެވެ. އެހައިރުން އެއަތްޕުޅު ބަލާމީހުންނަށް ހުދުއެއްޗެއްގެގޮތުގައި ފެނެއެވެ.

Verse 109

قَالَ ٱلْمَلَأُ مِن قَوْمِ فِرْعَوْنَ إِنَّ هَـٰذَا لَسَـٰحِرٌ عَلِيمٌ

Transliteration qāla l-mala-u min qawmi fir'ʿawna inna hādhā lasāḥirun ʿalīmun

Dhivehi فرعون قوم ގެ ބޮޑެތިމީހުން ދެންނެވިއެވެ. ހަމަކަށަވަރުން މިއީ سِحر ދަންނަ سِحر ވެރިއެކެވެ.

Verse 110

يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُمْ ۖ فَمَاذَا تَأْمُرُونَ

Transliteration yurīdu an yukh'rijakum min arḍikum famādhā tamurūna

Dhivehi އޭނާ އެދެނީ ކަލޭމެންގެބިމުން ކަލޭމެން ނެރެލާށެވެ. (فرعون ވިދާޅުވިއެވެ.) ފަހެ ކަލޭމެންނަށް ފެންނަގޮތަކީ ކޮބައިހެއްޔެވެ؟

Verse 111

قَالُوٓا۟ أَرْجِهْ وَأَخَاهُ وَأَرْسِلْ فِى ٱلْمَدَآئِنِ حَـٰشِرِينَ

Transliteration qālū arjih wa-akhāhu wa-arsil fī l-madāini ḥāshirīna

Dhivehi އެމީހުން ދެންނެވިއެވެ. އެކަލޭގެފާނާ އެކަލޭގެފާނުންގެ أخ ގެ ކަންތައް ފަސްކުރައްވާށެވެ! (ނުވަތަ އެމީހުން ބަންދުކުރާށެވެ!) އަދި މަނިކުފާނު ރައްތަކަށް (ސިފައިން) ފޮނުއްވާ (سِحر ވެރިން) އެއްކުރައްވާށެވެ!

Verse 112

يَأْتُوكَ بِكُلِّ سَـٰحِرٍ عَلِيمٍ

Transliteration yatūka bikulli sāḥirin ʿalīmin

Dhivehi އޭރުން މަނިކުފާނުންގެ އަރިހަށް سِحر ދަންނަ ކޮންމެ سِحر ވެރިޔަކާއިގެން އެމީހުން އަންނާނެއެވެ. (ދެން فرعون އެކިރަށްރަށަށް ސިފައިން ފޮނުއްވައި سِحر ވެރިން ޖަމާކުރީއެވެ.)

Verse 113

وَجَآءَ ٱلسَّحَرَةُ فِرْعَوْنَ قَالُوٓا۟ إِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَـٰلِبِينَ

Transliteration wajāa l-saḥaratu fir'ʿawna qālū inna lanā la-ajran in kunnā naḥnu l-ghālibīna

Dhivehi އަދި فرعون ގެ سِحر ވެރިންތައް އަތުވެއްޖެއެވެ. (އަދި އެމީހުން فرعون އަށް ދެންނެވި އެވެ.) އަހުރެމެން ގަދަވެއްޖެކަމަށް ވަންޏާ ހަމަކަށަވަރުން އަހުރެމެންނަށް ބޮޑު އުޖޫރައެއް އޮންނާންވާނެއެވެ.

Verse 114

قَالَ نَعَمْ وَإِنَّكُمْ لَمِنَ ٱلْمُقَرَّبِينَ

Transliteration qāla naʿam wa-innakum lamina l-muqarabīna

Dhivehi فرعون ވިދާޅުވިއެވެ. އާއެކެވެ. އަދި ހަމަކަށަވަރުން ކަލޭމެންނަކީ އަހުރެންގެގާތް މީހުންކަމުގައި ވާނޭ މީހުންނެވެ. އެންމެ ކުއްތަންވެގެންވާ މީހުންނެވެ.

Verse 115

قَالُوا۟ يَـٰمُوسَىٰٓ إِمَّآ أَن تُلْقِىَ وَإِمَّآ أَن نَّكُونَ نَحْنُ ٱلْمُلْقِينَ

Transliteration qālū yāmūsā immā an tul'qiya wa-immā an nakūna naḥnu l-mul'qīna

Dhivehi އެމީހުން ދެންނެވިއެވެ. އެބަހީ سِحر ވެރިން ދެންނެވިއެވެ. އޭ موسى އެވެ! އެހެންޏާ ކަލޭގެފާނު ކަލޭގެފާނުންގެ އަސާކޮޅު) އެއްލާށެވެ! އެހެންޏާ އަހުރެމެން މިއީ އެއްލާބަޔަކު ކަމުގައި ވާހުށީމެވެ.

Verse 116

قَالَ أَلْقُوا۟ ۖ فَلَمَّآ أَلْقَوْا۟ سَحَرُوٓا۟ أَعْيُنَ ٱلنَّاسِ وَٱسْتَرْهَبُوهُمْ وَجَآءُو بِسِحْرٍ عَظِيمٍ

Transliteration qāla alqū falammā alqaw saḥarū aʿyuna l-nāsi wa-is'tarhabūhum wajāū bisiḥ'rin ʿaẓīmin

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެ سِحر ގެތަކެތި ميدان އަށް) އުކާށެވެ! (سِحر ހަދާށެވެ!) ދެންފަހެ އެމީހުން އެމީހުންގެ (سِحر ގެ ވާބުރިތަކާއި ދަނޑިބުރިތައް) އުކައިލިހިނދުން / އެތަކެތި ميدان އަށް އަޅައިލިހިނދުން މީސްތަކުންގެ ލޯތަކަށް سِحر ޖެހިއްޖެއެވެ. ލޯތަކުގެ ފެނުން ބަދަލުވެގެން ހިނގައްޖެއެވެ. (އެދަނޑިބުރިތަކާއި ވާބުރިތައް ދިރޭހަރުފަތަކަކަށްވެގެން حركاة ކުރަން ފަށައިފިއެވެ.) އަދި އެބައިމީހުންގެ މިކަންތަކުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެއްޖެއެވެ. އެމީހުން އެހެދީ، ހަމަބޮޑުވެގެންވާ سِحر އެކެވެ.

Verse 117

۞ وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ

Transliteration wa-awḥaynā ilā mūsā an alqi ʿaṣāka fa-idhā hiya talqafu mā yafikūna

Dhivehi އަދި ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް وحي ކުރެއްވީމެވެ. ކަލޭގެފާނު ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ. (ދެން އެކަލޭގެފާނު އަސާކޮޅު އެއްލަވައިފިއެވެ.) އެހައިރުން އެމީހުން އެބަހީ سِحر ވެރިން އެހެދި އެންމެހާދޮގުތައް ހަރުފަކަމުގައި ލޯތަކަށް ފެނުނު އެންމެހައި ތަކެތި އޭތި ކައިފިއެވެ. އެބަހީ موسى ގެފާނުންގެ އަސާކޮޅުން އުފެދުނު ހަރުފަ އެހުރިހާ سِحر ވެރިންގެ سِحر ކައި ދިރުވައި ނިންމައިފިއެވެ.

Verse 118

فَوَقَعَ ٱلْحَقُّ وَبَطَلَ مَا كَانُوا۟ يَعْمَلُونَ

Transliteration fawaqaʿa l-ḥaqu wabaṭala mā kānū yaʿmalūna

Dhivehi އަދި حقّ ފާޅުވެ ބަޔާންވެއްޖެއެވެ. އަދި އެ سِحر ވެރިން ހެދިހާތަކެތި باطل ވީއެވެ.

Verse 119

فَغُلِبُوا۟ هُنَالِكَ وَٱنقَلَبُوا۟ صَـٰغِرِينَ

Transliteration faghulibū hunālika wa-inqalabū ṣāghirīna

Dhivehi އެހިނދު سِحر ވެރިން ދެރަވެ ފޭލިވެއްޖެއެވެ. އަދި ނިކަމެތިވެގެންވާ حال އެނބުރި ހިނގައްޖެއެވެ.

Verse 120

وَأُلْقِىَ ٱلسَّحَرَةُ سَـٰجِدِينَ

Transliteration wa-ul'qiya l-saḥaratu sājidīna

Dhivehi އަދި އެންމެހައި سِحر ވެރިން سجدة އަށް ތިރިވެއްޖެއެވެ.

Verse 121

قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَـٰلَمِينَ

Transliteration qālū āmannā birabbi l-ʿālamīna

Dhivehi އަދި އެމީހުން ދަންނަވައިފިއެވެ. عالم ތަކުގެ ވެރި رَبّ އަށް އަހުރެމެން އީމާންވެއްޖައީމެވެ.

Verse 122

رَبِّ مُوسَىٰ وَهَـٰرُونَ

Transliteration rabbi mūsā wahārūna

Dhivehi އެއީ موسى އާއި هارون ގެވެރި رَبّ އެވެ.

Verse 123

قَالَ فِرْعَوْنُ ءَامَنتُم بِهِۦ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّ هَـٰذَا لَمَكْرٌ مَّكَرْتُمُوهُ فِى ٱلْمَدِينَةِ لِتُخْرِجُوا۟ مِنْهَآ أَهْلَهَا ۖ فَسَوْفَ تَعْلَمُونَ

Transliteration qāla fir'ʿawnu āmantum bihi qabla an ādhana lakum inna hādhā lamakrun makartumūhu fī l-madīnati litukh'rijū min'hā ahlahā fasawfa taʿlamūna

Dhivehi (سِحر ވެރިންނަށް) فرعون ވިދާޅުވިއެވެ. އަހުރެން ކަލޭމެނަށް އިޒުނަ ނުދެނިސް ކަލޭމެން އޭނާއަށް އީމާންވީހެއްޔެވެ؟ އޭނާ ތެދުކުރީހެއްޔެވެ. ތިޔައީ ހަމަކަލޭމެން މިރަށުގައި ހަދައިލި ބޮޑުމަކަރެކެވެ. އެއީ މިރަށުގެ أهل ވެރިން މިރަށުން ނެރެންވެގެންނެވެ. ނިކަންހުރެ ކަލޭމެނަށް (ތިޔަކަމުގެ ހިތިކަން) އެނގިދާނެއެވެ.

Verse 124

لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍ ثُمَّ لَأُصَلِّبَنَّكُمْ أَجْمَعِينَ

Transliteration la-uqaṭṭiʿanna aydiyakum wa-arjulakum min khilāfin thumma la-uṣallibannakum ajmaʿīna

Dhivehi ހަމަކަށަވަރުން ކަލޭމެންގެ އަތްތަކާއި ފައިތައް ކަންކުތިވާގޮތަށް (ކަނާތާ ވާތުފައިވާގޮތަށް) އަހުރެން ކަނޑާނަމެވެ. އަދި ހަމަކަށަވަރުން ކަލޭމެން އެންމެން صليب އަށްލާހުށީމެވެ.

Verse 125

قَالُوٓا۟ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ

Transliteration qālū innā ilā rabbinā munqalibūna

Dhivehi އެ سِحر ވެރިން ބުންޏެވެ. ހަމަކަށަވަރުން އަހުރެމެންނީ އަހުރެމެންގެ رَبّ ގެ حضرة އަށް އެނބުރިދާނޭ ބައެކެވެ.

Verse 126

وَمَا تَنقِمُ مِنَّآ إِلَّآ أَنْ ءَامَنَّا بِـَٔايَـٰتِ رَبِّنَا لَمَّا جَآءَتْنَا ۚ رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ

Transliteration wamā tanqimu minnā illā an āmannā biāyāti rabbinā lammā jāatnā rabbanā afrigh ʿalaynā ṣabran watawaffanā mus'limīna

Dhivehi އަހުރެމެންގެ رَبّ ގެ އާޔަތްތައް އަހުރެމެންނަށް އައުމުން އެއާޔަތްތަކަށް އީމާންވީކަންމެނުވީ ކަލޭ އަހުރެމެންގެ ކިބައިން ބަދަލުހިފާ އަދި އަހުރެމެންނަށް عقوبة ދޭނެކަމުގައި ނުވެއެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އިތުރުކުރައްވާނދޭވެ! އަދި ކިޔަމަންތެރިވެގެންވާ حال އަޅަމެން މަރުގަންނަވާނދޭވެ!

Verse 127

وَقَالَ ٱلْمَلَأُ مِن قَوْمِ فِرْعَوْنَ أَتَذَرُ مُوسَىٰ وَقَوْمَهُۥ لِيُفْسِدُوا۟ فِى ٱلْأَرْضِ وَيَذَرَكَ وَءَالِهَتَكَ ۚ قَالَ سَنُقَتِّلُ أَبْنَآءَهُمْ وَنَسْتَحْىِۦ نِسَآءَهُمْ وَإِنَّا فَوْقَهُمْ قَـٰهِرُونَ

Transliteration waqāla l-mala-u min qawmi fir'ʿawna atadharu mūsā waqawmahu liyuf'sidū fī l-arḍi wayadharaka waālihataka qāla sanuqattilu abnāahum wanastaḥyī nisāahum wa-innā fawqahum qāhirūna

Dhivehi އަދި فرعون ގެ ބޮޑެތިމީހުން (فرعون އަށް) ދެންނެވިއެވެ. موسى އާއި އަދި އޭނާގެމީހުން، މަނިކުފާނާ މަނިކުފާނުންގެ އިލާހުންތައް ދޫކޮށް މިބިމުގައި ފަސާދަކުރަން އެމީހުން ހަމަ ދޫކޮށްލައްވަނީތޯއެވެ؟ فرعون

Verse 128

قَالَ مُوسَىٰ لِقَوْمِهِ ٱسْتَعِينُوا۟ بِٱللَّهِ وَٱصْبِرُوٓا۟ ۖ إِنَّ ٱلْأَرْضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنْ عِبَادِهِۦ ۖ وَٱلْعَـٰقِبَةُ لِلْمُتَّقِينَ

Transliteration qāla mūsā liqawmihi is'taʿīnū bil-lahi wa-iṣ'birū inna l-arḍa lillahi yūrithuhā man yashāu min ʿibādihi wal-ʿāqibatu lil'muttaqīna

Dhivehi موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިއެވެ. بني إسْرائيل އަށް ވިދާޅުވިއެވެ. ކަލޭމެން ﷲ ގެ حضرة ން ވާގިއެދޭށެވެ! އަދި ކެތްތެރިވާށެވެ! ހަމަކަށަވަރުން ބިމަކީ ﷲ އަށް خاصّ ވެ مِلْكُ ވެގެންވާ އެއްޗެކެވެ. އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެބިން އެކަލާނގެ ވާރުތަކޮށްދެއްވައެވެ. އަދި ފަހުކޮޅުގައި ރަނގަޅުގޮތް ލިބުންވަނީ تقوى ވެރިންނަށެވެ.

Verse 129

قَالُوٓا۟ أُوذِينَا مِن قَبْلِ أَن تَأْتِيَنَا وَمِنۢ بَعْدِ مَا جِئْتَنَا ۚ قَالَ عَسَىٰ رَبُّكُمْ أَن يُهْلِكَ عَدُوَّكُمْ وَيَسْتَخْلِفَكُمْ فِى ٱلْأَرْضِ فَيَنظُرَ كَيْفَ تَعْمَلُونَ

Transliteration qālū ūdhīnā min qabli an tatiyanā wamin baʿdi mā ji'tanā qāla ʿasā rabbukum an yuh'lika ʿaduwwakum wayastakhlifakum fī l-arḍi fayanẓura kayfa taʿmalūna

Dhivehi އެމީހުން - އެބަހީ بني إسْرائيل - (موسى عليه السّلام) އަށް ދެންނެވިއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް އައުމުގެ ކުރިންވެސް އަހުރެމެންނަށް އުނދަގޫތައް ޖެހެވެނީއެވެ. (އެބަހީ: އަހުރެމެންގެ ދަރިންތައް އެމީހުން މަރަނީއެވެ.) އަދި ކަލޭގެފާނު އަހަރެމެންގާތަށް رسول ކަމާއިގެން ވަޑައިގެންނެވީމާވެސް އަހުރެމެނަށް އުނދަގޫތައް ޖެހެނީއެވެ. (ދަރިންތައް މަރަނީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެ رَبّ ކަލޭމެންގެ عداوة ތެރިޔާ އެބަހީ فرعون ހަލާކުކުރެއްވުން އެދެވެއެވެ. أمّيد ކުރެވެއެވެ. އަދި އެކަލާނގެ (އެމީހުން އުޅުނުބިމުގައި) ކަލޭމެން خليفة ވެރިކުރެއްވުންވެސް އެދެވެއެވެ. ދެން އޭރުން ކަލޭމެން عمل ކުރާގޮތެއް އެކަލާނގެ ދެކެވޮޑިގަންނަވާނެއެވެ.

Verse 130

وَلَقَدْ أَخَذْنَآ ءَالَ فِرْعَوْنَ بِٱلسِّنِينَ وَنَقْصٍ مِّنَ ٱلثَّمَرَٰتِ لَعَلَّهُمْ يَذَّكَّرُونَ

Transliteration walaqad akhadhnā āla fir'ʿawna bil-sinīna wanaqṣin mina l-thamarāti laʿallahum yadhakkarūna

Dhivehi އަދި ހަމަކަށަވަރުން ތަދުމަޑުކަމުންނާއި ގަސްގަހާގެހީގެ މަތިވަރު މަދުކުރެއްވުމުންނާއި (މިފަދަ މިފަދަ ކަންކަމުން) ތިމަންރަސްކަލާނގެ فرعون އާއި އޭނާގެ تَبَعَ ވެރިން ހިއްޕެވީމެވެ. (ޓެސްޓް ކުރެއްވީމެވެ.) އެއީ އެމީހުން نصيحة އާއި وعظ ލިބިގަނޭތޯއެވެ.

Verse 131

فَإِذَا جَآءَتْهُمُ ٱلْحَسَنَةُ قَالُوا۟ لَنَا هَـٰذِهِۦ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَطَّيَّرُوا۟ بِمُوسَىٰ وَمَن مَّعَهُۥٓ ۗ أَلَآ إِنَّمَا طَـٰٓئِرُهُمْ عِندَ ٱللَّهِ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

Transliteration fa-idhā jāathumu l-ḥasanatu qālū lanā hādhihi wa-in tuṣib'hum sayyi-atun yaṭṭayyarū bimūsā waman maʿahu alā innamā ṭāiruhum ʿinda l-lahi walākinna aktharahum lā yaʿlamūna

Dhivehi ފަހެ އެމީހުންނަށް ރަނގަޅު ހެޔޮކަމެއް އަތުވެއްޖެއްޔާ (އެބަހީ فرعون ގެ މީހުންނަށް ތިޔާގެކަމެއް - ނުވަތަ ފަސޭހަކަމެއް - ނުވަތަ صحّة ގެ ރަނގަޅުކަން ދިމާވެއްޖެއްޔާ) އެމީހުންބުނާނެއެވެ. މިތަކެއްޗަށް އައުލާވެގެންވަނީ އަހުރެމެންނެވެ. އަދި އެމީހުންނަށް ނުބައިގޮތެއް ދިމާވެއްޖެއްޔާ (ތަޑުމަޑުކަމެއް / ބަލިކަމެއް / އުނދަގުލެއްފަދަކަމެއް ދިމާވެއްޖެއްޔާ އެމީހުން ބުނާނެއެވެ.) އެކަންކަމަކީ موسى ގެފާނާއި އަދި އެކަލޭގެފާނަށް تَبَعَ ވެގެންވާ މީހުންގެ ސުންޕާކަމުން ވާކަމެކެވެ. ދަންނާށެވެ! އެމީހުންނަށް އެޖެހުނު ސުންޕާކަމަކީ ﷲ ގެ حضرة ން އަންނަ ކަންކަމެވެ. (އެމީހުންގެ عمل ތައް ހުންނަގޮތުން އެމީހުންނަށް ޖެހޭކަންކަމެވެ. އަދި އެކަލާނގެ حكمة ފުޅު ނިޔާކުރާގޮތުން އަންނަ ކަންކަމެވެ. موسى ގެފާނުންގެ ފަރާތްޕުޅަކުންނޫނެވެ.) އަދި އެހެންނަމަވެސް އެމީހުންކުރެ ގިނަމީހުންނަށް އެކަން ނޭނގެއެވެ.

Verse 132

وَقَالُوا۟ مَهْمَا تَأْتِنَا بِهِۦ مِنْ ءَايَةٍ لِّتَسْحَرَنَا بِهَا فَمَا نَحْنُ لَكَ بِمُؤْمِنِينَ

Transliteration waqālū mahmā tatinā bihi min āyatin litasḥaranā bihā famā naḥnu laka bimu'minīna

Dhivehi އެމީހުން ބުންޏެވެ. (އެބަހީ فرعون ގެ تبع ވެރިން ބުންޏެވެ. އޭ موسى އެވެ!) ކަލޭގެފާނު އެކަމަކުން ނުވަތަ އެއްޗަކުން، އަހުރެމެންނަށް سحر ޖެއްސުމަށް ކަލޭގެފާނު އަހުރެމެންގެގާތަށް ކޮންމެފަދަ معجزة އެއް ގެނައިނަމަވެސް އަހުރެމެންނަކީ ކަލޭގެފާނަށް އީމާންވާނޭ ބަޔަކުކަމުގައި ނުވެއެވެ.

Verse 133

فَأَرْسَلْنَا عَلَيْهِمُ ٱلطُّوفَانَ وَٱلْجَرَادَ وَٱلْقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَـٰتٍ مُّفَصَّلَـٰتٍ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا مُّجْرِمِينَ

Transliteration fa-arsalnā ʿalayhimu l-ṭūfāna wal-jarāda wal-qumala wal-ḍafādiʿa wal-dama āyātin mufaṣṣalātin fa-is'takbarū wakānū qawman muj'rimīna

Dhivehi ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (عبرة حاصل ކުރުމަށް) طوفان އާއި ގޮއްފުޅަންގާ އުކުނާއި - އަދި ބޮކާއި އަދި ލެއި ފޮނުވީމެވެ. އެއީ بيان ވެ ފައުޅުވެގެންވާ دليل ތަކެކެވެ. معجزة ތަކެކެވެ. ފަހެ އެމީހުން އެހުރިހާކަމެއް ފެނުނީމާވެސް ބޮޑާވީއެވެ. އަދި އެމީހުންވީ ނުބައިނުލަފާ ބަޔަކުކަމުގައެވެ. ބޮޑެތި ފާފަކުރާ ބަޔަކުކަމުގައެވެ. • ދަންނައެވެ. فرعون އާއި އޭނާގެ قوم ކަމުގައިވާ قبطى އިންނަށް ﷲ تعالى އެތައްބާވަތެއްގެ މުސީބަތަކާއި ބަލާއެއް ޖެއްސެވިއެވެ. އެއީ އެމީހުން ކިޔަމަންވެ موسى عليه السّلام ގެ رسول ކަން ތެދުކޮށް قبول ކުރޭތޯއެވެ. އޭގެ އެއްކަމަކީ (1) طوفان އެކެވެ. އެއީ ވާރޭފެނުގެ طوفان އެކެވެ. އޭގެ ސަބަބުން އެމީހުންގެ ދަނޑުތައް ހަލާކުވެ ބޮޑު مصيبة އަކަށްވެގެންދިއުމުން موسى ގެފާނަށް އެމީހުން ދެންނެވީ، އޭ موسى އެވެ. އަހުރެމެންގެ ކިބައިން މިކަން ފިއްލަވައިތޯ ކަލޭގެފާނުންގެ رَبّ އަށް ދަންނަވައި ދެއްވާށެވެ. އަހުރެމެންގެ ކިބައިން މިކަން ފިލައްޖެއްޔާ އަހުރެމެން ކަލޭގެފާނަށް އީމާންވާނަމެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހުގައި بَنِي إسرائيل ފޮނުއްވައިދޭނަމެވެ. ދެންފަހެ އެކަލޭގެފާނު ﷲ އަށް دعاء ކުރައްވައި އެކަން ފިއްލަވައިފިއެވެ. ހަމަ އެކަން ފިއްލަވައި ލުއިކޮށްދެއްވުމުން އެމީހުންކުރި وعد އުވައިލީއެވެ. އީމާންވެސްވީއެއްނޫނެވެ. އަދި موسى ގެފާނު އަރިގައި بَنِي إسرائيل ފޮނުއްވީއެއްވެސް ނޫނެވެ. އަދި ނުކިޔަމަންތެރިކަން އިތުރުވީއެވެ. (2) ދެން އެމީހުންގެމައްޗަށް ފޮނުއްވީ ގޮއްފުޅަނގީގެ لشكر އެކެވެ. އެސޮރުމެން އައިސް އެމީހުންގެ ދަނޑުތައް ކައި ފޭރާންތައްވެސް ކައިހަދަން ފަށައިފިއެވެ. މި مصيبة ކުރީގެ مصيبة އަށްވުރެ މާބޮޑުވެއްޖެއެވެ. މިފަހަރުވެސް موسى ގެފާނަށް ދަންނަވައިގެން ކުރީގެ شرط ތަކުގެ މައްޗަށް އެކަން ފިއްލަވައިފިއެވެ. ދެންވެސް عهد އުވައިލީއެވެ. ދެން ފޮނުއްވީ (3) އުކުނުގެ لشكر އެކެވެ. އޭގެސަބަބުން ނިދެނީއެއްނޫނެވެ. ރޭގަޑު ނުނިދައިތިބެގެން އުކުނު ނެގުމެވެ. ކެވެނީއެއްނޫނެވެ. ކާތަށީގައިވެސް އެބައިވަރުތަކެވެ. މި مصيبة ބޮޑުވެގެން އަލުންވެސް موسى ގެފާނަށް ދަންނަވައިގެން އީމާންވުމުގެ شرط ގެމައްޗަށާއި އަދި بَنِي إسرائيل ފޮނުވައިދިނުމުގެ شرط ގެމައްޗަށް އެކަން ފިއްލަވައިފިއެވެ. އަލުންވެސް އެމީހުން އެމީހުންގެ ހުވައި އުވާލައި ނުކިޔަމަންތެރިވެގެންފިއެވެ. ދެން އެމީހުންގެމައްޗަށް ފޮނުއްވީ (4) ބޮކުގެ مصيبة އެކެވެ. އެތަކެތީގެ އުނދަގޫއަރައިގެން ދިޔަވަރަކީ މީހާ އިށީނދެ އިންނައިރު ތުނބުޅީގައިވެސް ބޮއްތަކެވެ. ބަހެއް ބުނަން އަނގަހުޅުވައިލާއިރު އަނގައިތެރެއަށް އެވަންނަނީ ބޮކެވެ. ކާއިރުތަށީގައި ބޮކެވެ. ތަންމަތީގައި ބޮކެވެ. މިކަމުގެ އުނދަގޫ ބޮޑުވެގެން އަލުންވެސް موسى ގެފާނަށް ދަންނަވައި އެކަލޭގެފާނު ﷲ އަށް دعاء ކުރެއްވުމުން އެކަން ފިލައިގެންދިޔައީއެވެ. އެއީވެސް ކުރީން ހުށަހަޅާ ދެ شرط ގެ މައްޗަށެވެ. މިފަހަރުވެސް ހުވައި އުވާލާ ނުކިޔަމަންތެރިވެގަތީއެވެ. ދެން އެކަލާނގެ އެމީހުންނަށް ފޮނުއްވީ (5) ލޭގެ ބަލާވެރިކަމެކެވެ. އެމީހުން ބޯފެނަކަށްވެސް ހުންނަނީ ލެއެވެ. ވަޅުތަކާއި ކޯރުތަކުގައި ލެއެވެ. ބައެއް ރިވާޔަތުގައިވާގޮތުން ނީލަކޯރުވެސް ލެޔަށް ވިއެވެ. ކޮންމެއަކަސް މިކަން ބޮޑުވެގެންވެސް موسى ގެފާނަށް ދަންނަވައިގެން އެކަލޭގެފާނު دعاء ކުރެއްވުމުން އެކަން ފިއްލަވައިފިއެވެ. ކޮންމެފަހަރަކުވެސް އީމާންވުމާއި بَنِي إسرائيل موسى عليه السّلام އާއިއެކު ފޮނުއްވުމުގެ شرط ގެ މަތީންނެވެ. ނަމަވެސް އެކަމެއް ހަމަފިއްލެވުމުން އެމީހުން ހުވައި އުވައިލަނީއެވެ. ދޮގުހަދަނީއެވެ.\nފަހެ އިސްވެދިޔަ ކަންތައްތަކަށް އިޝާރަތްކުރައްވާފައި އެވަނީ އެއީ ބަޔާންވެ ފައުޅުވެގެންވާ معجزة ތަކެއްކަމަށެވެ. ދެންފަހެ އެމީހުން ބޮޑާވެ ކިބުރުވެރިވީއެވެ. އެމީހުންވީ ނުބައި ނުލަފާ ބަޔަކުކަމުގައެވެ. مجرمُ ންކަމުގައެވެ.

Verse 134

وَلَمَّا وَقَعَ عَلَيْهِمُ ٱلرِّجْزُ قَالُوا۟ يَـٰمُوسَى ٱدْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ ۖ لَئِن كَشَفْتَ عَنَّا ٱلرِّجْزَ لَنُؤْمِنَنَّ لَكَ وَلَنُرْسِلَنَّ مَعَكَ بَنِىٓ إِسْرَٰٓءِيلَ

Transliteration walammā waqaʿa ʿalayhimu l-rij'zu qālū yāmūsā ud'ʿu lanā rabbaka bimā ʿahida ʿindaka la-in kashafta ʿannā l-rij'za lanu'minanna laka walanur'silanna maʿaka banī is'rāīla

Dhivehi އެމީހުންނަށް عذاب ހަމައަންނައިރަށް - އެބަހީ ކުރިން بيان ކުރައްވާފައިވާ ކަންތައްތަކުން ކަމެއް ހަމަ ދިމާވާއިރަށް އެމީހުން موسى عليه السّلام އަށް ދަންނަވައެވެ. އެމީހުން ދަންނަވައެވެ. އޭ موسى އެވެ. ކަލޭގެފާނަށްވާ عَهْد އާއިއެކު ކަލޭގެފާނުންގެ رَبّ އަށް دعاء ކޮށްދެއްވާށެވެ. އަހުރެމެންގެ ކިބައިން މިކަން ފިއްލަވައި ދެއްވައިފިއްޔާ ހަމަކަށަވަރުން އަހުރެމެން ކަލޭގެފާނަށް އީމާންވާހުށީމެވެ. އަދި بَنِي إسرائيل ކަލޭގެފާނުންގެ އަރިހުގައި ފޮނުއްވައިދެއްވާނަމެވެ.

Verse 135

فَلَمَّا كَشَفْنَا عَنْهُمُ ٱلرِّجْزَ إِلَىٰٓ أَجَلٍ هُم بَـٰلِغُوهُ إِذَا هُمْ يَنكُثُونَ

Transliteration falammā kashafnā ʿanhumu l-rij'za ilā ajalin hum bālighūhu idhā hum yankuthūna

Dhivehi ދެންފަހެ އެމީހުންނަށް ކަނޑައެޅިފައިވާ مدّة އަކަށް ތިމަންރަސްކަލާނގެ އެމީހުންގެކިބައިން عذاب ނަންގަވާ كشف ކުރެއްވުމުން، އެހައިރުން އެމީހުން އެމީހުންގެ وعد އުވާލަނީއެވެ. (އެކަންތައްތައް އެމީހުންގެ އާދަޔަކަށް ހަދާލަނީއެވެ.)

Verse 136

فَٱنتَقَمْنَا مِنْهُمْ فَأَغْرَقْنَـٰهُمْ فِى ٱلْيَمِّ بِأَنَّهُمْ كَذَّبُوا۟ بِـَٔايَـٰتِنَا وَكَانُوا۟ عَنْهَا غَـٰفِلِينَ

Transliteration fa-intaqamnā min'hum fa-aghraqnāhum fī l-yami bi-annahum kadhabū biāyātinā wakānū ʿanhā ghāfilīna

Dhivehi ދެން އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރުމުގެ ސަބަބުން އެމީހުންގެ ކިބައިން ބަދަލު ހިއްޕަވައި ކަނޑުގައި އެމީހުން غرق ކުރެއްވީމެވެ. އެމީހުންވީ އެއާޔަތްތަކަށް غافل ވެގެންވީ ބަޔަކުކަމުގައެވެ.

Verse 137

وَأَوْرَثْنَا ٱلْقَوْمَ ٱلَّذِينَ كَانُوا۟ يُسْتَضْعَفُونَ مَشَـٰرِقَ ٱلْأَرْضِ وَمَغَـٰرِبَهَا ٱلَّتِى بَـٰرَكْنَا فِيهَا ۖ وَتَمَّتْ كَلِمَتُ رَبِّكَ ٱلْحُسْنَىٰ عَلَىٰ بَنِىٓ إِسْرَٰٓءِيلَ بِمَا صَبَرُوا۟ ۖ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُۥ وَمَا كَانُوا۟ يَعْرِشُونَ

Transliteration wa-awrathnā l-qawma alladhīna kānū yus'taḍʿafūna mashāriqa l-arḍi wamaghāribahā allatī bāraknā fīhā watammat kalimatu rabbika l-ḥus'nā ʿalā banī is'rāīla bimā ṣabarū wadammarnā mā kāna yaṣnaʿu fir'ʿawnu waqawmuhu wamā kānū yaʿrishūna

Dhivehi އަދި ދެރަވެ ނިކަމެތިކުރެވިގެންވާ މީސްތަކުންނަށް (އެބަހީ: فرعون ގެ އަޅުވެތިކަމުގެ ދަށުގައި ނިކަމެތިކުރެވިފައިތިބި بني إسرائيل މީހުނަށް) ތިމަންރަސްކަލާނގެ ބިމުގެ مشرق ތަކާއި مغربُ ތައް ވާރުތަކޮށް ދެއްވީމެވެ. (ބުނެވެނީ އެއީ بَيْتُ المَقْدِس އާއި فَلَسْطِيْنُ ގެ ބިންކަމުގައެވެ. والله أعلم) އެތަނަކީ ތިމަންރަސްކަލާނގެ އެތާނގައި بركاة ލައްވާފައިވާ ތަނެވެ. އަދި بني إسرائيل ގެމައްޗަށް ކަލޭގެފާނުން ربّ ގެ ބަސްފުޅު - (ރަނގަޅު ބަސްފުޅު) ފުރިހަމަވެގެން ހިނގައްޖެއެވެ. (އެކަލާނގެ އެބަސްފުޅަކީ وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةًۭ وَنَجْعَلَهُمُ ٱلْوَٰرِثِينَ ٥ وَنُمَكِّنَ لَهُمْ فِى ٱلْأَرْضِ وَنُرِىَ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا مِنْهُم مَّا كَانُوا۟ يَحْذَرُونَ ٦ މިއެވެ.) (سورة القصص: 5-6 އެތަނުންވެސް ބައްލަވައި ލައްވާށެވެ.) އެމީހުންނަށް އެފަދަ نعمة އެއް އެދެއްވީ އެމީހުން ކެތްތެރިވުމުގެ ސަބަބުންނެވެ. އަދި فرعون އާއި އޭނާގެ قوم ގެ މީހުން ކުރަމުން އައި ކަންތައްތަކާއި އަދި އެމީހުން ހަދާކަމުގައިވާ އެންމެހާ ގަނޑުވަރުތަކާއި ރަނގަޅުގެތައް ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.

Verse 138

وَجَـٰوَزْنَا بِبَنِىٓ إِسْرَٰٓءِيلَ ٱلْبَحْرَ فَأَتَوْا۟ عَلَىٰ قَوْمٍ يَعْكُفُونَ عَلَىٰٓ أَصْنَامٍ لَّهُمْ ۚ قَالُوا۟ يَـٰمُوسَى ٱجْعَل لَّنَآ إِلَـٰهًا كَمَا لَهُمْ ءَالِهَةٌ ۚ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ

Transliteration wajāwaznā bibanī is'rāīla l-baḥra fa-ataw ʿalā qawmin yaʿkufūna ʿalā aṣnāmin lahum qālū yāmūsā ij'ʿal lanā ilāhan kamā lahum ālihatun qāla innakum qawmun tajhalūna

Dhivehi އަދި بني إسرائيل އަށް ތިމަންރަސްކަލާނގެ ކަނޑު ކަޑައްތުކޮށްދެއްވީމެވެ. ދެންފަހެ އެމީހުން ބުދުތަކަކަށް އަޅުކަންކުރާ ބަޔަކު ކައިރިއަށް (އެދަތުރުމަތީގައި) ދާންދިމާވިއެވެ. އަދި އެމީހުން يعني: بني إسرائيل ގެ މީހުން موسى عليه السّلام އަށް ދެންނެވިއެވެ. އެމީހުންނަށް إله ންތައްވާފަދައިން (އަޅުކަންކުރާ ބުދުތައްވާފަދައިން) އަޅުގަނޑުމެންނަށްވެސް إله އެއް (ބުދެއް) ލައްވައިދެއްވާށެވެ! موسى عليه السّلام ވިދާޅުވިއެވެ. ކަލޭމެންނަކީ ހަމަ جاهل ބައެކެވެ. ތަންދޮރު ނޭނގޭ ބައެކެވެ.

Verse 139

إِنَّ هَـٰٓؤُلَآءِ مُتَبَّرٌ مَّا هُمْ فِيهِ وَبَـٰطِلٌ مَّا كَانُوا۟ يَعْمَلُونَ

Transliteration inna hāulāi mutabbarun mā hum fīhi wabāṭilun mā kānū yaʿmalūna

Dhivehi ހަމަކަށަވަރުން މިމީހުންތަކަކީ (އެބަހީ: އެބުދަށް އަޅުކަންކުރާ މީހުންނަކީ) އެމީހުން އެކުރާ ކަންތައް ﷲ تعالى ހަލާކުކުރައްވާ فاسد ކުރައްވާނެ ބައެކެވެ. އަދި އެމީހުންކުރާކަމުގައިވީ ކަންތައް باطل ވެގެންވާ ބައެކެވެ.

Verse 140

قَالَ أَغَيْرَ ٱللَّهِ أَبْغِيكُمْ إِلَـٰهًا وَهُوَ فَضَّلَكُمْ عَلَى ٱلْعَـٰلَمِينَ

Transliteration qāla aghayra l-lahi abghīkum ilāhan wahuwa faḍḍalakum ʿalā l-ʿālamīna

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. އެބަހީ: موسى عليه السّلام ވިދާޅުވިއެވެ. ﷲ ނޫން އެހެން إله އެއް ކަލޭމެނަށްޓަކައި އަހުރެން އެދެންވީހެއްޔެވެ. އަދި އެކަލާނގެ އެއީ (މިހާރުތިބި) އެންމެންގެމައްޗަށް ކަލޭމެން މާތްކުރެއްވި ކަލާނގެއެވެ.

Verse 141

وَإِذْ أَنجَيْنَـٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ ۖ يُقَتِّلُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌ مِّن رَّبِّكُمْ عَظِيمٌ

Transliteration wa-idh anjaynākum min āli fir'ʿawna yasūmūnakum sūa l-ʿadhābi yuqattilūna abnāakum wayastaḥyūna nisāakum wafī dhālikum balāon min rabbikum ʿaẓīmun

Dhivehi ދެން فرعون ގެ آل ންގެކިބައިން ތިމަންރަސްކަލާނގެ ކަލޭމެން ސަލާމަތްކުރެއްވިހިނދު (ނިކަން ހަނދާންކުރާށެވެ!) އެމީހުން ކަލޭމެނަށް ނުބައިވެގެންވާ عذاب ދައްކައެވެ. (އަޅުވެތިކޮށް ކަލޭމެން ނިކަމެތިކުރިއެވެ.) އެމީހުން ކަލޭމެންގެ ފިރިހެންދަރިން މަރާހެދިއެވެ. އަދި ކަލޭމެންގެ އަންހެންދަރިން ނުމަރާ ދޫކުރިއެވެ. ހަމަކަށަވަރުން އެކަންކަމުގައި ކަލޭމެންގެ رَبّ ގެ حضرة ން ކަލޭމެނަށް ބޮޑުވެގެންވާ إمتحان ވެއެވެ.

Verse 142

۞ وَوَٰعَدْنَا مُوسَىٰ ثَلَـٰثِينَ لَيْلَةً وَأَتْمَمْنَـٰهَا بِعَشْرٍ فَتَمَّ مِيقَـٰتُ رَبِّهِۦٓ أَرْبَعِينَ لَيْلَةً ۚ وَقَالَ مُوسَىٰ لِأَخِيهِ هَـٰرُونَ ٱخْلُفْنِى فِى قَوْمِى وَأَصْلِحْ وَلَا تَتَّبِعْ سَبِيلَ ٱلْمُفْسِدِينَ

Transliteration wawāʿadnā mūsā thalāthīna laylatan wa-atmamnāhā biʿashrin fatamma mīqātu rabbihi arbaʿīna laylatan waqāla mūsā li-akhīhi hārūna ukh'luf'nī fī qawmī wa-aṣliḥ walā tattabiʿ sabīla l-muf'sidīna

Dhivehi އަދި ތިމަންރަސްކަލާނގެ (އާއި منَاجا ދެންނެވުމަށް) موسى (عليه السّلام) އާއި ތިމަންރަސްކަލާނގެ ތިރީސްރޭގެ وعد ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ مِيْعَاد އިތުރު ދިހަރޭ ލައްވައި ފުރިހަމަ ކުރެއްވީމެވެ. ފަހެ އެކަލޭގެފާނުންގެ رَبّ ގެ އެ مِيْقَات ސާޅީސްރެޔަށް ފުރިހަމަވެގެން ދިޔައެވެ. އަދި موسى عليه السّلام އެކަލޭގެފާނު أخُ هارن عليه السّلام އަށް ވިދާޅުވިއެވެ. ފަހެ އަހުރެންގެ قوم ގައި އަހުރެން ދިއުމަށްފަހު خليفة އެއްގޮތުގައި ހުންނަވާށެވެ! އަދި ކަންތައް إصلاح ކުރައްވައި އަދި فاسد ކުރާ މީހުންގެ މަގާއި تبع ވެ ވަޑައިނުގަންނަވާށެވެ!

Verse 143

وَلَمَّا جَآءَ مُوسَىٰ لِمِيقَـٰتِنَا وَكَلَّمَهُۥ رَبُّهُۥ قَالَ رَبِّ أَرِنِىٓ أَنظُرْ إِلَيْكَ ۚ قَالَ لَن تَرَىٰنِى وَلَـٰكِنِ ٱنظُرْ إِلَى ٱلْجَبَلِ فَإِنِ ٱسْتَقَرَّ مَكَانَهُۥ فَسَوْفَ تَرَىٰنِى ۚ فَلَمَّا تَجَلَّىٰ رَبُّهُۥ لِلْجَبَلِ جَعَلَهُۥ دَكًّا وَخَرَّ مُوسَىٰ صَعِقًا ۚ فَلَمَّآ أَفَاقَ قَالَ سُبْحَـٰنَكَ تُبْتُ إِلَيْكَ وَأَنَا۠ أَوَّلُ ٱلْمُؤْمِنِينَ

Transliteration walammā jāa mūsā limīqātinā wakallamahu rabbuhu qāla rabbi arinī anẓur ilayka qāla lan tarānī walākini unẓur ilā l-jabali fa-ini is'taqarra makānahu fasawfa tarānī falammā tajallā rabbuhu lil'jabali jaʿalahu dakkan wakharra mūsā ṣaʿiqan falammā afāqa qāla sub'ḥānaka tub'tu ilayka wa-anā awwalu l-mu'minīna

Dhivehi އަދި موسى عليه السّلام ތިމަންރަސްކަލާނގެ مِيْقَات އަށް ވަޑައިގެންނެވިހިނދުން (އެބަހީ وعد ކުރެވިފައިވާތަނާއި ވަގުތަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނުންގެ رَبّ އެކަލޭގެފާނަށް ބަސްފުޅު وحي ކުރެއްވިއެވެ. އެކަލޭގެފާނު އެކަލޭގެފާނުންގެ رَبّ އަށް ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! މިއަޅާއަށް އިބަރަސްކަލާނގެއަށް ބެލޭނެގޮތް ހައްދަވައި ދެއްވާދޭނވެ! އެ نعمة ދެއްވާނދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. ކަލޭގެފާނަށް ތިމަންރަސްކަލާނގެ ނުފެންނާނެއެވެ. (ތިމަންރަސްކަލާނގެއަށް ބެލުމުގެ ކުޅަދާނަކަމެއްނުވެއެވެ.) އަދި އެހެންނަމަވެސް ފަރުބަދައަށް ބައްލަވާށެވެ! އެފަރުބަދައަށް އޭގެތަނުގައި قرار ވެ އޮވެވިއްޖެއްޔާ ފަހެ އޭރުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ފެނިދާނެއެވެ. ދެންފަހެ ފަރުބަދައަށް އެކަލާނގެ تَجَلِّى ވެވޮޑިގަތުމުން - (އެކަލާނގެ نور ފުޅު އަލިކޮށްލެއްވިހިނދުން) ފަރުބަދަ ކުދިކުދިވެއްޖެއެވެ. އަދި موسى عليه السّلام ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ދެންފަހެ އެކަލޭގެފާނު ހޭފުޅުއެރިހިނދުން ވިދާޅުވިއެވެ. (އޭ އަޅުގެ رَبّ އެވެ!) އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! މިއަޅާ އިބަރަސްކަލާނގެއަށް توبة ވެއްޖައީމެވެ. މިއަޅާއީ (މި أمّة ގެ) އެންމެފުރަތަމަ އީމާންވީ އަޅާއެވެ.

Verse 144

قَالَ يَـٰمُوسَىٰٓ إِنِّى ٱصْطَفَيْتُكَ عَلَى ٱلنَّاسِ بِرِسَـٰلَـٰتِى وَبِكَلَـٰمِى فَخُذْ مَآ ءَاتَيْتُكَ وَكُن مِّنَ ٱلشَّـٰكِرِينَ

Transliteration qāla yāmūsā innī iṣ'ṭafaytuka ʿalā l-nāsi birisālātī wabikalāmī fakhudh mā ātaytuka wakun mina l-shākirīna

Dhivehi އެކަލާނގެ وحي ކުރެއްވިއެވެ. އޭ موسى (عليه السّلام) އެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ رسول ކަން ދެއްވުމުންނާއި އަދި ތިމަންރަސްކަލާނގެއާއި ވާހަކަފުޅުދެއްކެވުމުގެގޮތުން ތިމަންރަސްކަލާނގެ ކަލޭގެފާނު މީސްތަކުންގެމައްޗަށް خاصّ ކުރައްވާ إختيار ކުރައްވައިފީމެވެ. ފަހެ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވިތަކެތީގައި ގަދަޔަށް ހިއްޕަވާށެވެ! އޭގައިވާގޮތަށް ރަނގަޅަށް ޢަމަލުކުރައްވާށެވެ! އަދި شكر ކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!

Verse 145

وَكَتَبْنَا لَهُۥ فِى ٱلْأَلْوَاحِ مِن كُلِّ شَىْءٍ مَّوْعِظَةً وَتَفْصِيلًا لِّكُلِّ شَىْءٍ فَخُذْهَا بِقُوَّةٍ وَأْمُرْ قَوْمَكَ يَأْخُذُوا۟ بِأَحْسَنِهَا ۚ سَأُو۟رِيكُمْ دَارَ ٱلْفَـٰسِقِينَ

Transliteration wakatabnā lahu fī l-alwāḥi min kulli shayin mawʿiẓatan watafṣīlan likulli shayin fakhudh'hā biquwwatin wamur qawmaka yakhudhū bi-aḥsanihā sa-urīkum dāra l-fāsiqīna

Dhivehi އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފިލާތަކުގައި (دين ގެގޮތުންނާއި އަދި ދުންޏަވީގޮތުން بَنُو إسرائيل ގެ މީހުންނަށް ބޭނުންވާ) ކޮންމެކަމެއްގެ އަދި ކޮންމެ އެއްޗެއްގެ مَوْعِظَة ލިއުއްވާދެއްވީމެވެ. އެބަހީ އެކަމުގެ وعظ އާއި نصيحة އާއި ހަނދާންކޮށްދިނުން - ލިޔެދެއްވީމެވެ. އަދި ﷲ ގެ أمرފުޅާއި ނަހީގެ تفصيل بيان ކޮށްދެއްވާ ލިއުއްވީމެވެ. ފަހެ (އޭ موسى عليه السّلام އެވެ!) ކަލޭގެފާނު އެފިލާތަކުގައި ހިއްޕަވާށެވެ! އަދި އޭގައިވާ ރަނގަޅު މޮޅުގޮތްތަކުގައި ހިފާ عمل ކުރުމަށް ކަލޭގެފާނުންގެ قوم ގެމީހުންނަށް އަމުރުކުރައްވާށެވެ! فاسق ނުބައި ނުލަފާމީހުންގެ ގޮވަތި ތިމަންރަސްކަލާނގެ ނިކަންހުރެ ކަލޭމެނަށް ދައްކާހުށީމެވެ. (آخرة ގައި އެމީހުންގެ ޖާގަ ދައްކާހުށީމެވެ. އެއީ ނަރަކައެވެ.)

Verse 146

سَأَصْرِفُ عَنْ ءَايَـٰتِىَ ٱلَّذِينَ يَتَكَبَّرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَإِن يَرَوْا۟ كُلَّ ءَايَةٍ لَّا يُؤْمِنُوا۟ بِهَا وَإِن يَرَوْا۟ سَبِيلَ ٱلرُّشْدِ لَا يَتَّخِذُوهُ سَبِيلًا وَإِن يَرَوْا۟ سَبِيلَ ٱلْغَىِّ يَتَّخِذُوهُ سَبِيلًا ۚ ذَٰلِكَ بِأَنَّهُمْ كَذَّبُوا۟ بِـَٔايَـٰتِنَا وَكَانُوا۟ عَنْهَا غَـٰفِلِينَ

Transliteration sa-aṣrifu ʿan āyātiya alladhīna yatakabbarūna fī l-arḍi bighayri l-ḥaqi wa-in yaraw kulla āyatin lā yu'minū bihā wa-in yaraw sabīla l-rush'di lā yattakhidhūhu sabīlan wa-in yaraw sabīla l-ghayi yattakhidhūhu sabīlan dhālika bi-annahum kadhabū biāyātinā wakānū ʿanhā ghāfilīna

Dhivehi އަދި އެއްވެސް حقّ އެއްނެތި ބިމުގައި ބޮޑާވެ كِبْرُ ވެރިވެގަންނަމީހުން ތިމަންރަސްކަލާނގެ އާޔަތްތަކާއި ދުރަށް ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުން އަނބުރައިލާހުށީމެވެ. (އެއީ ހުރިހާ ވައްތަރެއްގެ އާޔަތެކެވެ. مَوْجُود ވެގެންވާ އެންމެހައި ތަކެއްޗަކީވެސް އެކަލާނގެ އާޔަތްތަކެވެ. އެތަކެއްޗަށް ވިސްނާ فكر ކުރުމުގެ ދޮރު އެމީހުންނަށް ބަންދުކުރާހުށީމެވެ. قرآن ވެސް މިއީއެކަލާނގެ دليل އެވެ. އެޔާމެދު ވިސްނާފިކުރުކުރުމުގެ ދޮރުވެސް އެމީހުންނަށް ބަނދުކޮށްލާހުށީމެވެ.) އަދި އެމީހުނަށް ކޮންމެ دليل އެއް އަދި ކޮންމެ حجّة އެއް ފެނުނަސް އެމީހުން އީމާން ނުވާނެއެވެ. އަދި އެމީހުންނަށް هداية ގެ ސީދާ ތެދުމަގު ފެނުނަސް އެމީހުން އެއީ މަގެއްކަމުގައި ނުހިފާނެއެވެ. تبع ނުވާނެއެވެ. އަދި މަގުފުރެދުމާ ހަލާކުގެ މަގު އެމީހުންނަށް ފެނިއްޖެއްޔާ އެމީހުން މަގެއްގެގޮތުން އެމަގު ހިފާނެއެވެ. އެހެން އެކަން އެވީ އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރުމުގެ ސަބަބުންނެވެ. އަދި އެމީހުން އެވަނީ އެއާޔަތްތަކަށް غافل ވެގެންނެވެ. (ނުވިސްނިފައެވެ.)

Verse 147

وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَلِقَآءِ ٱلْـَٔاخِرَةِ حَبِطَتْ أَعْمَـٰلُهُمْ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ

Transliteration wa-alladhīna kadhabū biāyātinā waliqāi l-ākhirati ḥabiṭat aʿmāluhum hal yuj'zawna illā mā kānū yaʿmalūna

Dhivehi އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް އަދި آخرة އާއި ބައްދަލުވުން ދޮގުކޮށް (އެބަހީ قيامة ދޮގުކޮށް) ހެދިމީސްތަކުން (ދަންނައެވެ!) އެމީހުންގެ ހެޔޮ عمل ތައް باطل ވެގެން ދިޔައީއެވެ. އެމީހުންކުރާ ކަމުގައިވީކަންތައްތަކަށް މެނުވީ އެމީހުންނަށް جزاء ލިބޭނޭހެއްޔެވެ؟ އެބަހީ އެކަމަށް މެނުވީ جزاء ނުލިބޭނެއެވެ. ޢަޒާބުނުލިބޭނެއެވެ.

Verse 148

وَٱتَّخَذَ قَوْمُ مُوسَىٰ مِنۢ بَعْدِهِۦ مِنْ حُلِيِّهِمْ عِجْلًا جَسَدًا لَّهُۥ خُوَارٌ ۚ أَلَمْ يَرَوْا۟ أَنَّهُۥ لَا يُكَلِّمُهُمْ وَلَا يَهْدِيهِمْ سَبِيلًا ۘ ٱتَّخَذُوهُ وَكَانُوا۟ ظَـٰلِمِينَ

Transliteration wa-ittakhadha qawmu mūsā min baʿdihi min ḥuliyyihim ʿij'lan jasadan lahu khuwārun alam yaraw annahu lā yukallimuhum walā yahdīhim sabīlan ittakhadhūhu wakānū ẓālimīna

Dhivehi އަދި موسى (عليه السّلام) އަށްފަހު އެބަހީ އެކަލޭގެފާނު އެކަލޭގެފާނުންގެ رَبّ ގެ مِيْقَات އަށް ވަޑައިގެންނެވުމަށްފަހު އެކަލޭގެފާނުންގެ قوم ގެމީހުން އެމީހުންގެ ގަހަނާތަކުން ޅަގެރިއެއްގެ ހަށިގަނޑެއްހަދައި (އަޅުކަންކުރާ إله އެއްކަމުގައި) އެގެރި إختيار ކޮށްފިއެވެ. އެގެރީގައި (އާދައިގެ ގެރި) ގޮވާގޮތަށް އަޑުއިވޭ) ލޯވަޅެއްވެއެވެ. އެތަނަށް ވައި ވަނީމާ ގެރިގޮވާއަޑުކަހަލަ އަޑުއިވެއެވެ. އޭތި އެމީހުންނާ ވާހަކަ ނުދައްކާކަންވެސް އެމީހުން ނުވިސްނަނީބާވައެވެ؟ އަދި އެމީހުންނަށް ތެދުމަގެއް ނުދައްކާކަންވެސް އެމީހުންނަށް ނޭނގޭބާވައެވެ؟ އެމީހުން އެގެރި إله އެއްގެގޮތުގައި إختيار ކޮށް އަޅުކަންކުރީއެވެ. އޭގެސަބަބުން އެމީހުންވީ އަނިޔާވެރިންކަމުގައެވެ. مشرك ންކަމުގައެވެ.

Verse 149

وَلَمَّا سُقِطَ فِىٓ أَيْدِيهِمْ وَرَأَوْا۟ أَنَّهُمْ قَدْ ضَلُّوا۟ قَالُوا۟ لَئِن لَّمْ يَرْحَمْنَا رَبُّنَا وَيَغْفِرْ لَنَا لَنَكُونَنَّ مِنَ ٱلْخَـٰسِرِينَ

Transliteration walammā suqiṭa fī aydīhim wara-aw annahum qad ḍallū qālū la-in lam yarḥamnā rabbunā wayaghfir lanā lanakūnanna mina l-khāsirīna

Dhivehi އަދި އެމީހުން - އެބަހީ ޅަގެރިޔަށް އަޅުކަންކުރިމީހުން އެކަމާ ހިތާމަކުރިހިނދުން އަދި ހަމަކަށަވަރުން އެމީހުން އެވަނީ މަގުފުރެދިފައިކަން ރަނގަޅަށް އެމީހުންނަށް އެނގިއްޖެއެވެ. އެމީހުން ދެންނެވިއެވެ. އަޅަމެންގެ رَبّ އަޅަމެންނަށް رحمة ނުލެއްވިނަމަ އަދި އެކަލާނގެ އަޅަމެނަށް ނުފުއްސެވިއްޔާ ހަމަކަށަވަރުން އަހުރެމެންވާ ހުށީ ގެއްލިހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.

Verse 150

وَلَمَّا رَجَعَ مُوسَىٰٓ إِلَىٰ قَوْمِهِۦ غَضْبَـٰنَ أَسِفًا قَالَ بِئْسَمَا خَلَفْتُمُونِى مِنۢ بَعْدِىٓ ۖ أَعَجِلْتُمْ أَمْرَ رَبِّكُمْ ۖ وَأَلْقَى ٱلْأَلْوَاحَ وَأَخَذَ بِرَأْسِ أَخِيهِ يَجُرُّهُۥٓ إِلَيْهِ ۚ قَالَ ٱبْنَ أُمَّ إِنَّ ٱلْقَوْمَ ٱسْتَضْعَفُونِى وَكَادُوا۟ يَقْتُلُونَنِى فَلَا تُشْمِتْ بِىَ ٱلْأَعْدَآءَ وَلَا تَجْعَلْنِى مَعَ ٱلْقَوْمِ ٱلظَّـٰلِمِينَ

Transliteration walammā rajaʿa mūsā ilā qawmihi ghaḍbāna asifan qāla bi'samā khalaftumūnī min baʿdī aʿajil'tum amra rabbikum wa-alqā l-alwāḥa wa-akhadha birasi akhīhi yajurruhu ilayhi qāla ib'na umma inna l-qawma is'taḍʿafūnī wakādū yaqtulūnanī falā tush'mit biya l-aʿdāa walā tajʿalnī maʿa l-qawmi l-ẓālimīna

Dhivehi އަދި موسى (عليه السّلام) އެކަލޭގެފާނުންގެ رَبُّ ގެ ميقاتُ ން އެނބުރިވަޑައިގެން އެކަލޭގެފާނު (އެކަލޭގެފާނުންގެ قوم އަށްވަޑައިގެން) ވިދާޅުވިއެވެ. އަހުރެންގެފަހުން ކަލޭމެން ތިޔަކުރި ކަންތައް ވަރަށްވެސް ނުބައިވެގެންވެއެވެ. ފަހެ ކަލޭމެން ކަލޭމެންގެ رَبُّ ގެ أمر ފުޅަށް (އެކަލާނގެ ކޯފާއަށް) އަވަސްވެގަތީހެއްޔެވެ؟ އަދި އެކަލޭގެފާނުންގެ ފިލާތައް އެއްލަވާލައްވާފައި އެކަލޭގެފާނުންގެ أخ (هارون عليه السّلام ގެ) އިސްތަށިފުޅުގައި ހިއްޕަވާ އެކަލޭގެފާނުންގެ ގާތަށް ދަންމަވާލެއްވިއެވެ. އެކަލޭގެފާނު އެބަހީ هارون عليه السّلام ވިދާޅުވިއެވެ. އޭ މަންމަގެ ދަރިކަލުންނޭވެ! ހަމަކަށަވަރުން قوم ގެމީހުން އަހުރެން ނިކަމެތި މީހަކަށް ހަދައިލާ އަހުރެންގެ ބަސްނޭހިއެވެ. އެމީހުން އަހުރެން މަރާލަން ގާތްވިއެވެ. ފަހެ عداوة ތެރިން އަހުރެންނަށް عقوبة ދެއްވުމުން އުފާކުރިޔަ ނުދެއްވާށެވެ! އަދި އަނިޔާވެރިންގެތެރެއިން އަހުރެން ނުލައްވާށެވެ! مشرك ންނާއެކު އަހުރެން ނުލައްވާށެވެ!

Verse 151

قَالَ رَبِّ ٱغْفِرْ لِى وَلِأَخِى وَأَدْخِلْنَا فِى رَحْمَتِكَ ۖ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ

Transliteration qāla rabbi igh'fir lī wali-akhī wa-adkhil'nā fī raḥmatika wa-anta arḥamu l-rāḥimīna

Dhivehi އެކަލޭގެފާނު يعني: موسى عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ. މިއަޅާއަށާއި މިއަޅާގެ أخ އަށް ފާފަފުއްސަވާނދޭވެ! [އަދި އިބަރަސްކަލާނގެ رحمة ގެތެރެއަށް އަޅަމެން ވައްދަވައިދެއްވާނދޭވެ!] އަދި އިބަރަސްކަލާނގެއީ رحمة ލެއްވުން އެންމެ ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 152

إِنَّ ٱلَّذِينَ ٱتَّخَذُوا۟ ٱلْعِجْلَ سَيَنَالُهُمْ غَضَبٌ مِّن رَّبِّهِمْ وَذِلَّةٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَكَذَٰلِكَ نَجْزِى ٱلْمُفْتَرِينَ

Transliteration inna alladhīna ittakhadhū l-ʿij'la sayanāluhum ghaḍabun min rabbihim wadhillatun fī l-ḥayati l-dun'yā wakadhālika najzī l-muf'tarīna

Dhivehi ހަމަކަށަވަރުން ޅަގެރިޔަށް އަޅުކަންކުރި މީސްތަކުންނަށް ނިކަންހުރެ އެމީހުންގެ رَبّ ގެ حضرة ން (ބޮޑުވެގެންވާ) ކޯފާއެއް ލިބޭހުއްޓެވެ. އަދި ދުނިޔޭގެ حياة ގައިވެސް ދެރަކަމާއި ނިކަމެތިކަން ޖެހޭހުއްޓެވެ. ދޮގުވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.

Verse 153

وَٱلَّذِينَ عَمِلُوا۟ ٱلسَّيِّـَٔاتِ ثُمَّ تَابُوا۟ مِنۢ بَعْدِهَا وَءَامَنُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌ رَّحِيمٌ

Transliteration wa-alladhīna ʿamilū l-sayiāti thumma tābū min baʿdihā waāmanū inna rabbaka min baʿdihā laghafūrun raḥīmun

Dhivehi އަދި ނުބައިކަންތައްތައް ކުރި މީސްތަކުން (ދަންނައެވެ!) ދެން އެއަށްފަހު އެމީހުން توبة ވެ، އަދި އީމާންވެއްޖެއްޔާ - ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (ޅަގެރިޔަށް އަޅުކަންކުރި މީހުންވެސް ހަމަ އެފަދައެވެ.)

Verse 154

وَلَمَّا سَكَتَ عَن مُّوسَى ٱلْغَضَبُ أَخَذَ ٱلْأَلْوَاحَ ۖ وَفِى نُسْخَتِهَا هُدًى وَرَحْمَةٌ لِّلَّذِينَ هُمْ لِرَبِّهِمْ يَرْهَبُونَ

Transliteration walammā sakata ʿan mūsā l-ghaḍabu akhadha l-alwāḥa wafī nus'khatihā hudan waraḥmatun lilladhīna hum lirabbihim yarhabūna

Dhivehi އަދި موسى عليه السّلام ގެ އެކޯފާ ހަނުހިމޭންވެ މަޑުވިހިނދުން ފިލާކޮޅުތަކުގައި ހިއްޕަވައިފިއެވެ. އަދި އެފިލާކޮޅުތަކުގެ مَضْمُوْنُ ގައި (އޭގެ ލިއުއްވުމުގައި) އެބަޔަކު އެބަޔަކުގެ رَبّ އަށް ބިރުވެތިވާ ބަޔަކަށްވާ ތެދުމަގާއި رحمة ވެއެވެ.

Verse 155

وَٱخْتَارَ مُوسَىٰ قَوْمَهُۥ سَبْعِينَ رَجُلًا لِّمِيقَـٰتِنَا ۖ فَلَمَّآ أَخَذَتْهُمُ ٱلرَّجْفَةُ قَالَ رَبِّ لَوْ شِئْتَ أَهْلَكْتَهُم مِّن قَبْلُ وَإِيَّـٰىَ ۖ أَتُهْلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآ ۖ إِنْ هِىَ إِلَّا فِتْنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهْدِى مَن تَشَآءُ ۖ أَنتَ وَلِيُّنَا فَٱغْفِرْ لَنَا وَٱرْحَمْنَا ۖ وَأَنتَ خَيْرُ ٱلْغَـٰفِرِينَ

Transliteration wa-ikh'tāra mūsā qawmahu sabʿīna rajulan limīqātinā falammā akhadhathumu l-rajfatu qāla rabbi law shi'ta ahlaktahum min qablu wa-iyyāya atuh'likunā bimā faʿala l-sufahāu minnā in hiya illā fit'natuka tuḍillu bihā man tashāu watahdī man tashāu anta waliyyunā fa-igh'fir lanā wa-ir'ḥamnā wa-anta khayru l-ghāfirīna

Dhivehi އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم ގެމީހުންގެތެރެއިން ހަތްދިހަ ފިރިހެނުން ތިމަންރަސްކަލާނގެ مِيْقات އަށް ވަޑައިގަތުމަށް إختيار ކުރެއްވިއެވެ. (މިއީ ޅަގެރިޔަށް އަޅުކަންކުރި މީހުން ކުރިނުބައިކަންތަކަށް توبة ލެއްވުމުގެ އެދުމުގައި ﷲ އަށް ދަންނަވާ أستغفار ކުރެއްވުމާއި ކުއްތަންވުމުގެ ގޮތުން އޮތް مِيْقات އެކެވެ. ދެންފަހެ مِيْقات އަށް ދެވުމަށްފަހު އެމީހުންނަށް موسى عليه السّلام އެންގެވީ سجدة އަށް ތިރިވުމަށެވެ. سجدة ކުރުމަށެވެ. އެންމެން سجدة އަށް ތިރިވުމުން ﷲ تعالى موسى عليه السّلام އަށް وحي ބާވައިލައްވައެވެ. ބަސްފުޅުތަކުގެ އަޑު އެމީހުންވެސް އަހާކަމުގައިވިއެވެ. ދެންފަހެ وحي ނިމުމުން އެމީހުން ތެދުވެ ދެންނެވީ ﷲ އަހުރެމެންނަށް ދެއްކެވިއްޔާ މެނުވީ އަހުރެމެން އީމާންނުވާނެކަމަށެވެ. ދެންފަހެ މިއިދިކީލިކަމުގެ ބަސް ދެންނެވުމުން އެމީހުންނަށް އައީ ގަދަހެލުމަކާއި އަޑުފަށެކެވެ. އެއީ رَجْفَة އެވެ. އެއަޑުފަށަށް موسى عليه السّلام ފިޔަވައި ދެން އެންމެން މަރުވީއެވެ.)\n(ދެންފަހެ އެމީހުންނަށް އެ رَجْفَة ޖެހި އެންމެން މަރުވެދިއުމުން موسى عليه السّلام (ވަރަށް ހިތާމަފުޅުން އަސަރުގަދަދެންނެވުމެއްދެންނެވިއެވެ.) ﷲ އަށް ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! އިބަރަސްކަލާނގެ އެދިވޮޑިގެންނެވިނަމަ މީގެކުރިންވެސް އިބަރަސްކަލާނގެ އެމީހުން ހަލާކުކުރައްވައިފީހެވެ. އަދި މިއަޅާވެސް ހަލާކު ކުރައްވައިފީހެވެ. އަޅަމެންގެ ތެރެއިންވާ މޮޔަ جاهل ން ކުރަމުންގެންދާ ނުބައި ކަންތަކުގެ ސަބަބުން އިބަރަސްކަލާނގެ އަޅަމެން ހަލާކު ކުރައްވަނީތޯއެވެ؟ އަދި އެކަން އެއީ އިބަރަސްކަލާނގެ ޖައްސަވާ إمتحان ކަމުގައިމެނުވީ ނުވެއެވެ. އޭގެސަބަބުން އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުންނެއް މަގުފުރައްދަވައެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުންނަކަށް ތެދުމަގު ދައްކަވަމުއެވެ. އިބަރަސްކަލާނގެއީ އަޅަމެންގެ ސަހަރޯވެރިޔާއެވެ. ފަހެ އަޅަމެންނަށް ފުއްސަވާދެއްވާނދޭވެ! އަދި އަޅަމެންނަށް رحمة ލައްވާންދޭވެ. އަދި އިބަރަސްކަލާނގެއީ ފާފަފުއްސަވާ عفو ކުރައްވާ އެންމެ ހެޔޮވެގެންވާ ފަރާތެވެ.

Verse 156

۞ وَٱكْتُبْ لَنَا فِى هَـٰذِهِ ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ إِنَّا هُدْنَآ إِلَيْكَ ۚ قَالَ عَذَابِىٓ أُصِيبُ بِهِۦ مَنْ أَشَآءُ ۖ وَرَحْمَتِى وَسِعَتْ كُلَّ شَىْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ ٱلزَّكَوٰةَ وَٱلَّذِينَ هُم بِـَٔايَـٰتِنَا يُؤْمِنُونَ

Transliteration wa-uk'tub lanā fī hādhihi l-dun'yā ḥasanatan wafī l-ākhirati innā hud'nā ilayka qāla ʿadhābī uṣību bihi man ashāu waraḥmatī wasiʿat kulla shayin fasa-aktubuhā lilladhīna yattaqūna wayu'tūna l-zakata wa-alladhīna hum biāyātinā yu'minūna

Dhivehi އަދި މިދުނިޔޭގައި އަޅަމެންނަށް ހެޔޮކަން (صالح عمل ކުރުމުގެ توفيق) ލިއުއްވާދެއްވާނދޭވެ! އަދި آخرة ގައިވެސް އަޅަމެންނަށް (ފާފަފުއްސެވުން) ލިއުއްވާދެއްވާނދޭވެ! ހަމަކަށަވަރުން އަޅަމެން އިބަރަސްކަލާނގެއަށް رجوع ވެ توبة ވެއްޖައީމެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ عذاب ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ދިމާކުރައްވަމެވެ. ޖައްސަވަމެވެ. އަދި ތިމަންރަސްކަލާނގެ رحمة ހުރިހާ އެއްޗަކަށް ތަނަވަސްވެގެންވެއެވެ. ފަހެ ތިމަންރަސްކަލާނގެ އެ رحمةލިއުއްވާހުށީ އެބަޔަކު تقوى ވެރިވާ އަދި ޒަކާތްދޭ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް އެމީހުން ބިރުވެތިވާމީހުންނަށެވެ.

Verse 157

ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِىَّ ٱلْأُمِّىَّ ٱلَّذِى يَجِدُونَهُۥ مَكْتُوبًا عِندَهُمْ فِى ٱلتَّوْرَىٰةِ وَٱلْإِنجِيلِ يَأْمُرُهُم بِٱلْمَعْرُوفِ وَيَنْهَىٰهُمْ عَنِ ٱلْمُنكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَـٰتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَـٰٓئِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَٱلْأَغْلَـٰلَ ٱلَّتِى كَانَتْ عَلَيْهِمْ ۚ فَٱلَّذِينَ ءَامَنُوا۟ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُوا۟ ٱلنُّورَ ٱلَّذِىٓ أُنزِلَ مَعَهُۥٓ ۙ أُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

Transliteration alladhīna yattabiʿūna l-rasūla l-nabiya l-umiya alladhī yajidūnahu maktūban ʿindahum fī l-tawrāti wal-injīli yamuruhum bil-maʿrūfi wayanhāhum ʿani l-munkari wayuḥillu lahumu l-ṭayibāti wayuḥarrimu ʿalayhimu l-khabāitha wayaḍaʿu ʿanhum iṣ'rahum wal-aghlāla allatī kānat ʿalayhim fa-alladhīna āmanū bihi waʿazzarūhu wanaṣarūhu wa-ittabaʿū l-nūra alladhī unzila maʿahu ulāika humu l-muf'liḥūna

Dhivehi އެމީހުންނަކީ رسول އާއަށް تبع ވާމީހުންނެވެ. އެ رسول އާ އެއީ أمِّىِّ نَبِى އެވެ. އެކަލޭގެފާނީ އެމީހުން ގެންގުޅޭ توراة އާއި إنجيل އާއި މިދެފޮތުގައި އެކަލޭގެފާނުންގެ ސިފަފުޅުތަކާއި خبر ތައް ލިޔެވިގެންވާ نَبِى އާއެވެ. އެއީ محمد ﷺ އެވެ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރުކުރައްވާނެއެވެ. އަދި منكراة ތައް މީސްތަކުންނަށް ނަހީކުރައްވާ މަނާކުރައްވާނެއެވެ. އަދި އެކަލޭގެފާނު މީސްތަކުންނަށް ރަނގަޅުތަކެތި حلال ކޮށްދެއްވާ އަދި ހަޑި މުޑުދާރުތަކެތި މީސްތަކުންނައް حرام ކުރައްވާނެއެވެ. އަދި (بني إسرائيل ންނަށް ކަނޑައެޅިފައިވާ ދަތިއުނދަގޫ) عهد ތައް މީސްތަކުންގެ ކިބައިން އެކަލޭގެފާނު ނަންގަވާ ލުއިކޮށްދެއްވާ އަދި ހަރުކަށި تكليف ތައް ދުރުކޮށްދެއްވާ ނެތިކުރައްވާނެއެވެ. ފަހެ އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނަށް ގަދަރުކޮށް މާތްކޮށްހިތާ إحترام ކޮށް އަދި އެކަލޭގެފާނަށް نصر ދީ އަދި އެކަލޭގެފާނަށް ބާވައިލެއްވި نور ކަމުގައިވާ މާތް قرآن އަށް تبع ވެއްޖެ މީސްތަކުން (ދަންނައެވެ!) ކަނޑައެޅިގެން އެމީހުން އެއީކާމިޔާބުވެ ނަސީބުވެރިވާނޭ ބައެކަވެ.

Verse 158

قُلْ يَـٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِ ٱلنَّبِىِّ ٱلْأُمِّىِّ ٱلَّذِى يُؤْمِنُ بِٱللَّهِ وَكَلِمَـٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ

Transliteration qul yāayyuhā l-nāsu innī rasūlu l-lahi ilaykum jamīʿan alladhī lahu mul'ku l-samāwāti wal-arḍi lā ilāha illā huwa yuḥ'yī wayumītu faāminū bil-lahi warasūlihi l-nabiyi l-umiyi alladhī yu'minu bil-lahi wakalimātihi wa-ittabiʿūhu laʿallakum tahtadūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު މިއީ ކަލޭމެން އެންމެންގެ ގާތަށް ފޮނުއްވިގެންވާ ﷲ ގެ رسول އާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ މުޅި مِلْكُ ހުރިހާތަކެތި އެކަލާނގެއަށް خاصّ ވެގެންވާ ކަލާނގެއެވެ. އެކަލާނގެ ނޫން އެހެން إله އަކު ނުވެއެވެ. އެއްވެސް حقّ إله އަކު ނުވެއެވެ. އެކަލާނގެ ތަކެތި ދިރުއްވާ ތަކެތި މަރުއްވައެވެ. ފަހެ ކަލޭމެން ﷲ އަށް އީމާންވާށެވެ! އަދި އެކަލާނގެ رسول އާއަށް އީމާންވާށެވެ! އެއީ أمِّىِّ نَبِى އާއެވެ. އަދި އެކަލޭގެފާނު ﷲ އާއި އެކަލާނގެ އެންމެހާ كَلِمَة ފުޅުތަކަށް އީމާންވެވަޑައިގަންނަވައެވެ. ތެދުކުރައްވައެވެ. އަދި ކަލޭމެންނަށް ތެދުމަގު ލިބޭތޯ ކަލޭމެން އެކަލޭގެފާނާއި تبع ވާށެވެ!

Verse 159

وَمِن قَوْمِ مُوسَىٰٓ أُمَّةٌ يَهْدُونَ بِٱلْحَقِّ وَبِهِۦ يَعْدِلُونَ

Transliteration wamin qawmi mūsā ummatun yahdūna bil-ḥaqi wabihi yaʿdilūna

Dhivehi އަދި موسى عليه السّلام ގެ قوم ގައި މީސްތަކުންނަށް حقّ އަށް މަގުދައްކާ أمّة އެއް ވެއެވެ. ބަޔަކުވެއެވެ. (އެ أمّة ގައި އެބަހީ بني إسرائيل ގައި ހުރިހާ މީހުން އެއްކަހަލައެއްނޫނެވެ. ރަނގަޅުމީހުން ވެއެވެ. މިއާޔަތުގައި އެވަނީ އެވާހަކައެވެ.) އެމީހުން حقّ ގޮތުގައި މީސްތަކުންގެ މެދުގައި عدل إنصاف قائم ކުރެއެވެ.

Verse 160

وَقَطَّعْنَـٰهُمُ ٱثْنَتَىْ عَشْرَةَ أَسْبَاطًا أُمَمًا ۚ وَأَوْحَيْنَآ إِلَىٰ مُوسَىٰٓ إِذِ ٱسْتَسْقَىٰهُ قَوْمُهُۥٓ أَنِ ٱضْرِب بِّعَصَاكَ ٱلْحَجَرَ ۖ فَٱنۢبَجَسَتْ مِنْهُ ٱثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۚ وَظَلَّلْنَا عَلَيْهِمُ ٱلْغَمَـٰمَ وَأَنزَلْنَا عَلَيْهِمُ ٱلْمَنَّ وَٱلسَّلْوَىٰ ۖ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ ۚ وَمَا ظَلَمُونَا وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ

Transliteration waqaṭṭaʿnāhumu ith'natay ʿashrata asbāṭan umaman wa-awḥaynā ilā mūsā idhi is'tasqāhu qawmuhu ani iḍ'rib biʿaṣāka l-ḥajara fa-inbajasat min'hu ith'natā ʿashrata ʿaynan qad ʿalima kullu unāsin mashrabahum waẓallalnā ʿalayhimu l-ghamāma wa-anzalnā ʿalayhimu l-mana wal-salwā kulū min ṭayyibāti mā razaqnākum wamā ẓalamūnā walākin kānū anfusahum yaẓlimūna

Dhivehi އަދި ތިމަންރަސްކަލާނގެ އެބައިމީހުން އެބަހީ بني إسرائيل ން ބާރަ سِبْط އަށް ބައިކޮށް ވަކިވަކި ކޮށްލެއްވީމެވެ. (سِبْط އަކީ يعقوب عليه السّلام ގެ ބޭފުޅުންނަށް ކިޔާފައިވާ ނަމެކެވެ.) بني إسرائيل ގެ ތެރޭގައި سِبْط ހިމެނިފައިވާނީ قَبِيْلَة ގެގޮތުގައެވެ. އެއީ (12) ބާރަ ބޭފުޅުންނެވެ. ބާރަ قَبِيْلَة އެވެ. والله أعلم) = زُبْدَةُ التّفسير =\nއެއީ ބާރަ أمّة އެވެ. އެބައިމީހުން ފެނަށް ބޭނުންވީހިނދުން موسى عليه السّلام އަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ކަލޭގެފާނުންގެ އަސާކޮޅުން ހިލައިގައި ޖައްސަވާށެވެ! (ދެންފަހެ އެކަލޭގެފާނު ޖެއްސެވުމުން) އެހިލަ ފަޅަފަޅައިގެންގޮސް ބާރަ އާރުގެ ފެން ދެމިގަނެއްޖެއެވެ. އަދި އެއިން ކޮންމެ ބަޔަކަށްވެސް އެބަޔަކު ފެންބޯންވީތަނެއް ހަމަކަށަވަރުން އެނގިއްޖެއެވެ. (އެއީ ކޮންމެ قَبِيْلَة އަކަށް އާރެއްގެގޮތުންނެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް ވިލާގަނޑުން ހިޔާކޮށްދެއްވީމެވެ. އަދި އެމީހުންނަށް ތިމަންރަސްކަލާނގެ مَنُّ އާއި سَلْوَى ބާވައިލެއްވީމެވެ. (އަދި އެމީހުންނަށް އެންގެވީމެވެ.) ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވި حلال ރަނގަޅު ރިޒުގުން ކަލޭމެން ކައިހަދާށެވެ! (ދެންފަހެ އެމީހުން ނުކިޔަމަންތެރިވެ އަނިޔާވެރިވީއެވެ.) އަދި އެކަމަކު އެމީހުން ތިމަންރަސްކަލާނގެއަށް އަނިޔާނުކުރެއެވެ. އަދި އެކަމަކު އެމީހުން އަނިޔާވެރިވީ އެމީހުންގެ އަމިއްލަ نفس ތަކަށެވެ.

Verse 161

وَإِذْ قِيلَ لَهُمُ ٱسْكُنُوا۟ هَـٰذِهِ ٱلْقَرْيَةَ وَكُلُوا۟ مِنْهَا حَيْثُ شِئْتُمْ وَقُولُوا۟ حِطَّةٌ وَٱدْخُلُوا۟ ٱلْبَابَ سُجَّدًا نَّغْفِرْ لَكُمْ خَطِيٓـَٔـٰتِكُمْ ۚ سَنَزِيدُ ٱلْمُحْسِنِينَ

Transliteration wa-idh qīla lahumu us'kunū hādhihi l-qaryata wakulū min'hā ḥaythu shi'tum waqūlū ḥiṭṭatun wa-ud'khulū l-bāba sujjadan naghfir lakum khaṭīātikum sanazīdu l-muḥ'sinīna

Dhivehi އަދި ކަލޭމެން މިރަށުގައި (بَيْتُ اْلمَقْدِسُ ގައި) ވަޒަންވެރިވާށޭ، އަދި ކަލޭމެން އެދޭގޮތަކަށް އެރަށުން ކައިބޮއިހަދާށޭ، އަދި އަޅަމެންގެ ފާފަފުއްސަވާންދޭ މިހެން ދަންނަވާށެވެ. އަދި ކިޔަމަންތެރިވެގެންވާ حال ރަށުގެ ދޮރުން ވަންނާށޭ، އޭރުން ތިމަންރަސްކަލާނގެ ކަލޭމެނަށް ފުއްސަވާނަމޭ އަދި إحسان ތެރިންނަށް އިތުރުކޮށްދޭ ހުށީމޭ މިފަދަ މިފަދައިން އެމީހުންނަށް ބުނެވުނުހިނދު (ހަނދާންކުރާށެވެ.)

Verse 162

فَبَدَّلَ ٱلَّذِينَ ظَلَمُوا۟ مِنْهُمْ قَوْلًا غَيْرَ ٱلَّذِى قِيلَ لَهُمْ فَأَرْسَلْنَا عَلَيْهِمْ رِجْزًا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَظْلِمُونَ

Transliteration fabaddala alladhīna ẓalamū min'hum qawlan ghayra alladhī qīla lahum fa-arsalnā ʿalayhim rij'zan mina l-samāi bimā kānū yaẓlimūna

Dhivehi ދެންފަހެ އެމީހުންކުރެ އަނިޔާވެރިވީ މީހުން ދަންނައެވެ. އެމީހުން ބުނަން އެންގި ބަސް އެހެން ބަހަކަށް އެމީހުން ބަދަލުކޮށްފިއެވެ. ދެން ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އުޑުން عذاب އެއް ބާވައިލެއްވީމެވެ. އެއީ އެމީހުން އަނިޔާވެރިވާކަމުގެ ސަބަބުންނެވެ.

Verse 163

وَسْـَٔلْهُمْ عَنِ ٱلْقَرْيَةِ ٱلَّتِى كَانَتْ حَاضِرَةَ ٱلْبَحْرِ إِذْ يَعْدُونَ فِى ٱلسَّبْتِ إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَيَوْمَ لَا يَسْبِتُونَ ۙ لَا تَأْتِيهِمْ ۚ كَذَٰلِكَ نَبْلُوهُم بِمَا كَانُوا۟ يَفْسُقُونَ

Transliteration wasalhum ʿani l-qaryati allatī kānat ḥāḍirata l-baḥri idh yaʿdūna fī l-sabti idh tatīhim ḥītānuhum yawma sabtihim shurraʿan wayawma lā yasbitūna lā tatīhim kadhālika nablūhum bimā kānū yafsuqūna

Dhivehi (އޭ رسول ﷲ އެވެ!) ކަނޑުގެ އައްސޭރީގައިވާ ރަށާއިމެދު ކަލޭގެފާނު އެމީހުންނާއި ސުވާލުކުރައްވާ ބައްލަވާށެވެ! (بني إسرائيل ންނާ ސުވާލުކުރައްވާށެވެ!) އެއީ އެރަށުގެ މީހުން ހޮނިހިރުދުވަހަށް މާތްކޮށް ހިތުމުގެ މައްސަލައިގައި ހައްދުފަހަނަޅައިގަތުމުގެ ސަބަބުންނެވެ. އެހެނީ ހޮނިހިރުދުވަހު (ހޮނިހިރުދުވަހަށް މާތްކޮށް ހިތާހިނދު) މަސްތައް ފެންމައްޗަށް ފާޅުވެ ގާތަށް އާދެއެވެ. އަދި ހޮނިހިރުދުވަސް ދިއުމުން މަސްތައް ގާތަށް ނާދެއެވެ. ފާޅުނުވެއެވެ. ތިމަންރަސްކަލާނގެ އެމީހުން إمتحان ކުރައްވަނީ އެފަދައިންނެވެ. އެއީ އެމީހުން فاسق ވާކަމުގެ ސަބަބުންނެވެ.

Verse 164

وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ ٱللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا ۖ قَالُوا۟ مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ

Transliteration wa-idh qālat ummatun min'hum lima taʿiẓūna qawman l-lahu muh'likuhum aw muʿadhibuhum ʿadhāban shadīdan qālū maʿdhiratan ilā rabbikum walaʿallahum yattaqūna

Dhivehi އަދި ހޮނިހިހިރުދުވަހު ކެޔޮޅުކަންކުރުން އެމީހުންނަށް ވަނީ މަނާ ކުރެވިފައެވެ. އަދި އެމީހުންގެތެރެއިން ހެޔޮވިސްނޭ ރަނގަޅު މީހުން ކެޔޮޅުކަން ކުރިމީހުންނަށް އެކަންމަނާކޮށް ނަޞޭހަތް ދިނެވެ. އަދި މި ނަޞޭޙަތް ދިން މީހުންނަށް އަނެއްބަޔަކު ބުނީ "ﷲ އެބަޔަކު ހަލާކުކުރައްވާނޭ ބަޔަކަށް ދެން ކަލޭމެން وعظ ދީ نصيحة ދޭންވީ ކީއްވެގެންހެއްޔެވެ؟ ނުވަތަ ﷲ އެބަޔަކަށް ގަދަވެގެންވާ عذاب ދެއްވާނެބަޔަކަށް ކަލޭމެން وعظ ދޭންވީ ކީއްކުރަންހެއްޔެވެ؟" އެމީހުން އޭގެ جواب ގައި ބުންޏެވެ. "އެއީ ކަލޭމެންގެ رَبّ ގެ حضرة ގައި عذر ދެއްކުމުގެގޮތުންނެވެ. (ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމުގެ فرض އަދާކުރުމުގެ عذر ދެއްކުމަށެވެ.) އަދި އެނުބައި ކަންތައްތައްކުރާމީހުން އެބަހީ ހޮނިހިރު ދުވަހު ހައްދުފަހަނަޅައިގެންދާމީހުން އެކަންހުއްޓައި تقوى ވެރިވޭތޯއެވެ."

Verse 165

فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦٓ أَنجَيْنَا ٱلَّذِينَ يَنْهَوْنَ عَنِ ٱلسُّوٓءِ وَأَخَذْنَا ٱلَّذِينَ ظَلَمُوا۟ بِعَذَابٍۭ بَـِٔيسٍۭ بِمَا كَانُوا۟ يَفْسُقُونَ

Transliteration falammā nasū mā dhukkirū bihi anjaynā alladhīna yanhawna ʿani l-sūi wa-akhadhnā alladhīna ẓalamū biʿadhābin baīsin bimā kānū yafsuqūna

Dhivehi ދެންފަހެ އެބައިމީހުންނަށް - އެބަހީ ހޮނިހިރުދުވަހުގެ حرمة ކަނޑާ ހައްދުފަހަނަޅައިގެންދިޔަ މީހުންނަށް - އެކަންކަމުން نصيحة ދެވި وعظ ދެވުނު ކަންތައް އެމީހުން ދޫނުކޮށް އަދި ހަނދާންނައްތައިލިހިނދުން (އެބަހީ وعظ ދިން މީހުންގެ وعظ ހަނދާންނައްތާލައި އެ އުރެދުމުގައި ދެމިތިބިހިނދުން) އެމީހުންގެ ކިބައިން އެކަން ނަހީކޮށް މަނާކުރިމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި އަނިޔާވެރިން އެބަހީ އެނުބައި ކަންތައްކުރިމީހުންނަށް ގަދަ عذاب އެއް ޖައްސަވައި ތިމަންރަސްކަލާނގެ އެމީހުން ހިއްޕެވީމެވެ. އެއީ އެމީހުންކުރާ ނުބައިކަންކަމުގެ ސަބަބުންނެވެ.

Verse 166

فَلَمَّا عَتَوْا۟ عَن مَّا نُهُوا۟ عَنْهُ قُلْنَا لَهُمْ كُونُوا۟ قِرَدَةً خَـٰسِـِٔينَ

Transliteration falammā ʿataw ʿan mā nuhū ʿanhu qul'nā lahum kūnū qiradatan khāsiīna

Dhivehi ފަހެ އެމީހުންނަށް ނަހީވެވުނު ކަންތަކުގައި އެމީހުން މަނާނުވެ ދެމިތިބިހިނދުން ހައްދުފަހަނަޅައި ދިޔަހިނދުން ތިމަންރަސްކަލާނގެ އެމީހުނަށް އެންގެވީމެވެ. ކަލޭމެން ގެއްލިހަލާކުވެ ނިކަމެތިވެގެންވާ ރާމާމަކުނުތަކަކަށްވާށެވެ! - ފަހެ ހޮނިހިރުދުވަހު މަސްހިފި يهودي ން ރާމާމަކުނުގެ ސިފަޔަށް ބަދަލުވެގެން ދިޔައީއެވެ.

Verse 167

وَإِذْ تَأَذَّنَ رَبُّكَ لَيَبْعَثَنَّ عَلَيْهِمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَن يَسُومُهُمْ سُوٓءَ ٱلْعَذَابِ ۗ إِنَّ رَبَّكَ لَسَرِيعُ ٱلْعِقَابِ ۖ وَإِنَّهُۥ لَغَفُورٌ رَّحِيمٌ

Transliteration wa-idh ta-adhana rabbuka layabʿathanna ʿalayhim ilā yawmi l-qiyāmati man yasūmuhum sūa l-ʿadhābi inna rabbaka lasarīʿu l-ʿiqābi wa-innahu laghafūrun raḥīmun

Dhivehi އަދި ކަލޭގެފާނުންގެ رَبّ އަންގަވާ إعلان ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލާނގެ އެންގެވިއެވެ. قيامة އާއި ޖެހެންދެންވެސް އެމީހުންނަށް عذاب ގެ ނުބައި ރަހަ ދައްކާނޭބަޔަކު - އެބަހީ يهودي ންނަށް ނުބައި ރަހަދައްކާނޭބަޔަކު ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފޮނުވާހުށީމެވެ. (ކޮންމެ ޒަމާނެއްގައިވެސް يهودي ންނަށް އުނދަގޫކޮށް ދުއްޕާންކުރާނެބަޔަކު ތިބޭނެއެވެ. އެމީހުންނަށް ހަމަނިދި ނުނިދޭނެއެވެ. އެއީ އެކަން އޮތްގޮތެވެ. އެމީހުންގެ عمل ތަކުގެ ސަބަބުން ދިމާކުރެއްވި ގޮތެކެވެ.) ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ عقوبة އަވަސްވެގެންވާ ކަލާނގެއެވެ. އަދި ހަމަކަށަވަރުން އެކަލާނގެ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 168

وَقَطَّعْنَـٰهُمْ فِى ٱلْأَرْضِ أُمَمًا ۖ مِّنْهُمُ ٱلصَّـٰلِحُونَ وَمِنْهُمْ دُونَ ذَٰلِكَ ۖ وَبَلَوْنَـٰهُم بِٱلْحَسَنَـٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمْ يَرْجِعُونَ

Transliteration waqaṭṭaʿnāhum fī l-arḍi umaman min'humu l-ṣāliḥūna wamin'hum dūna dhālika wabalawnāhum bil-ḥasanāti wal-sayiāti laʿallahum yarjiʿūna

Dhivehi އަދި ތިމަންރަސްކަލާނގެ އެމީހުން يعني: ބަނީއިސްރާއީލުން ބިމުގައި އެކިއެކި جماعة جماعة ށް ބައިބަޔަށް ވަކިވަކިކޮށްލެއްވީމެވެ. އެމީހުންގެތެރޭގައި صالح މާތްމީހުންވެއެވެ. އަދި އެމީހުންގެތެރޭގައި އެއަށްވުރެ ދަށްމީހުންވެއެވެ. އަދި އެކިއެކި ހެޔޮކަންތައްތަކާއި ނުބައިކަންތައްތައް ފޮނުއްވައިގެން ތިމަންރަސްކަލާނގެ އެމީހުން إمتحان ކުރެއްވީމުއެވެ. އެއީ އެމީހުން އެތިބި ނުބައިގޮތް ދޫކޮށް ހެޔޮމަގަށް އެނބުރި رجوع ވޭތޯއެވެ. (ހެޔޮކަންތައްތަކޭ ބުނެވުނު ބަހުގެ މާނައީ ދިރިއުޅުމުގެ ތަނަވަސްކަމާއި މުއްސަނދިކަމާއި އަމާންކަމެވެ. ނުބައިކަންތަކަކީ ދިރިއުޅުން ދަތިވުމާއި فقير ކަމާއި ދަތިގޮތްތައް މެދުވެރިވުމެވެ.)

Verse 169

فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ وَرِثُوا۟ ٱلْكِتَـٰبَ يَأْخُذُونَ عَرَضَ هَـٰذَا ٱلْأَدْنَىٰ وَيَقُولُونَ سَيُغْفَرُ لَنَا وَإِن يَأْتِهِمْ عَرَضٌ مِّثْلُهُۥ يَأْخُذُوهُ ۚ أَلَمْ يُؤْخَذْ عَلَيْهِم مِّيثَـٰقُ ٱلْكِتَـٰبِ أَن لَّا يَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ وَدَرَسُوا۟ مَا فِيهِ ۗ وَٱلدَّارُ ٱلْـَٔاخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ

Transliteration fakhalafa min baʿdihim khalfun warithū l-kitāba yakhudhūna ʿaraḍa hādhā l-adnā wayaqūlūna sayugh'faru lanā wa-in yatihim ʿaraḍun mith'luhu yakhudhūhu alam yu'khadh ʿalayhim mīthāqu l-kitābi an lā yaqūlū ʿalā l-lahi illā l-ḥaqa wadarasū mā fīhi wal-dāru l-ākhiratu khayrun lilladhīna yattaqūna afalā taʿqilūna

Dhivehi ދެންފަހެ އެބައިމީހުންނަށްފަހު (އެބަހީ، ހެޔޮކަންތަކަށް أمر ކޮށް ނުބައިކަންތައް ނަހީކުރިމީހުނަށްފަހު) އެމީހުން ފޮތް ވާރުތަކުރި އެހެން ނުބައި ބައިގަނޑެއް އައެވެ. އެމީހުން މިއަވަސްވެގެންވާ ދުނިޔޭގެ ފައިދާކޮޅެއް ހިފަނީއެވެ. رِشْوة ހިފަނީއެވެ. (ފޮތުގެ حكم ތައް رِشْوة އަށްޓަކައި ބަދަލުކުރަނީއެވެ.) އަދި އެމީހުން ބުނީ ނިކަންހުރެ އަހުރެމެންނަށް ފުއްސެވޭނެއެވެ. ދެން އަދި އަލުންވެސް އެފަދަ އެހެން ފާފައެއް އަތުވެއްޖެއްޔާ އެހެން رِشْوة އެއް އަތުވެއްޖެއްޔާ އޭގައިވެސް ހިފަނީއެވެ. (އެވާހަކަ بقرة ސޫރަތުގެ 79 ވަނަ އާޔަތުގައިވެއެވެ. ތިމާމެންގެ އަތުން ފޮތްލިޔެފާ ބޭނުންގޮތަކަށް ބަދަލުކޮށް ބުނަނީ މިއީ ﷲ ބާވައިލެއްވި ގޮތްކަމަށެވެ. އެއީ ދުނިޔޭގެ ކުޑަފައިދާއަކަށްޓަކައި ހަދައިލާގޮތެކެވެ. އެފަދަމީހުންނަށް وَيل އެވެކިޔާ ގަދަ عذاب ހުރިކަމަށް އަންގަވާފައިވެއެވެ.)\nއެފަދަމީހުންގެ ފަރާތުން ފޮތުގެ مِيْثَاق ހިއްޕަވާފައި ނުވޭހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ. عهد ކަށަވަރު ހިއްޕަވާފައިވާނީ އެމީހުން ﷲ އާއިމެދު حقّ ބަހެއްނޫނީ ނުބުނާށެވެ. އަދި އެމީހުން އެފޮތުގައިވާތަކެތި دِرَاسَة ކޮށް / ސްޓަޑީކޮށްފައިވެއެވެ. (އެހެންވުމާއިއެކުވެސް އެމީހުން އެހެން އެހަދަނީއެވެ.) تقوى ވެރިވެ ﷲ އަށް ބިރުވެތިވާބަޔަކަށް آخرة ގެގޮވަތި މާހެޔޮވެގެންވެއެވެ. - ކަލޭމެންނަށް ފަހެ އެކަން ނޭނގޭހެއްޔެވެ؟ އެކަމަށް ވިސްނާ فكر ނުކުރޭހެއްޔެވެ؟

Verse 170

وَٱلَّذِينَ يُمَسِّكُونَ بِٱلْكِتَـٰبِ وَأَقَامُوا۟ ٱلصَّلَوٰةَ إِنَّا لَا نُضِيعُ أَجْرَ ٱلْمُصْلِحِينَ

Transliteration wa-alladhīna yumassikūna bil-kitābi wa-aqāmū l-ṣalata innā lā nuḍīʿu ajra l-muṣ'liḥīna

Dhivehi އަދި ފޮތުގައި ހިފައި އޭގައިވާގޮތަށް ރަނގަޅަށް عمل ކޮށް އަދި އެމީހުން ނަމާދު قائم ކޮށް ހެދިމީހުން، (އެއީ إصلاح ކުރިމީހުންނެވެ.) އަދި ހަމަކަށަވަރުން إصلاح ކުރާމީހުންގެ عمل ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ.

Verse 171

۞ وَإِذْ نَتَقْنَا ٱلْجَبَلَ فَوْقَهُمْ كَأَنَّهُۥ ظُلَّةٌ وَظَنُّوٓا۟ أَنَّهُۥ وَاقِعٌۢ بِهِمْ خُذُوا۟ مَآ ءَاتَيْنَـٰكُم بِقُوَّةٍ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ

Transliteration wa-idh nataqnā l-jabala fawqahum ka-annahu ẓullatun waẓannū annahu wāqiʿun bihim khudhū mā ātaynākum biquwwatin wa-udh'kurū mā fīhi laʿallakum tattaqūna

Dhivehi އަދި (طور) ފަރުބަދަ ހުރިތަނުން ލުހެލައި ތިމަންރަސްކަލާނގެ އެމީހުންގެ ބޯމައްޗަށް ހިއްލައިލީމެވެ. އޭތި ކޮންފަދަހެއްޔެވެ! އޭތި ހީވަނީ އެމީހުންގެ ބޯމައްޗަށް ހިޔާކުރާ ވިލާގަނޑެއްހެންނެވެ. އެމީހުންނަށް ހީވީ އެމީހުންގެމައްޗަށް ދެން ފަރުބަދަ ވެއްޓިދާނޭހެންނެވެ. (އެވަރުކޮށްފާ ދެން ތިމަންރަސްކަލާނގެ އެމީހުނަށް އެންގީމެވެ.) ތިމަންރަސްކަލާނގެ ކަލޭމެނަށް ދެއްވި އެތީގައި އެބަހީ ފޮތުގައި ބާރަށް ހިފަހައްޓާށެވެ! އެބަހީ އެފޮތުގައިވާގޮތަށް عمل ކުރާށެވެ! އަދި އޭގައިވާ އެއްޗެއް ކަލޭމެން ހަނދާންކުރާށެވެ! އެއީ ކަލޭމެން ބިރުވެތިވޭތޯއެވެ. تقوى ވެރިވޭތޯއެވެ. (بني إسرائيل ންގެ حال ހުންނަވަރަކީ މިހުރީއެވެ.)

Verse 172

وَإِذْ أَخَذَ رَبُّكَ مِنۢ بَنِىٓ ءَادَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰٓ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا۟ بَلَىٰ ۛ شَهِدْنَآ ۛ أَن تَقُولُوا۟ يَوْمَ ٱلْقِيَـٰمَةِ إِنَّا كُنَّا عَنْ هَـٰذَا غَـٰفِلِينَ

Transliteration wa-idh akhadha rabbuka min banī ādama min ẓuhūrihim dhurriyyatahum wa-ashhadahum ʿalā anfusihim alastu birabbikum qālū balā shahid'nā an taqūlū yawma l-qiyāmati innā kunnā ʿan hādhā ghāfilīna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ رَبّ آدم ގެދަރިން އެމީހުންގެ ބަފައިންގެ ބުރިކަށިތަކުގައިތިބި حال (އެމީހުން ނެރުއްވައި) އެމީހުން ލައްވައި ހެކިކުރުވިހިނދު (ހަނދުމަފަޅު ކުރައްވާށެވެ!) އެ އެންމެންނަށް وحي ކުރެއްވިއެވެ. ކަލޭމެންގެ رَبّ ކަމުގައި ތިމަންރަސްކަލާނގެ ނުވޭހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. ނޫނެކޭ ތިޔައީ އަހުރެމެންގެ رَبّ އެވެ. (ދެންފަހެ އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ.) އަހުރެމެން ހެކިވެއްޖައީމެވެ. އެގޮތަށް އެކަލާނގެ އެމީހުން ހެކިވެރިކުރުވީ އަހުރެމެންވަނީ ތިޔަކަންތަކުން غافل ވެގެންނޭ قيامة ދުވަހުން ކަލޭމެން ނުބުނުމަށްޓަކައެވެ. (އަދި މިއާޔަތުގެ މާނަ ބައެއް مفسّر ން އެހެންގޮތަކަށް ކުރައްވާފައިވެއެވެ. އެގޮތަކީ، آدم ގެދަރިން ﷲ ގެ ޙަޟްރަތުގައި، ތިޔައީ އަހުރެމެންގެ رَبّ އޭ ދެންނެވީމާ ملائكة ބޭކަލުން ވިދާޅުވިއެވެ. އަހުރެމެން ތިޔަކަމަށް ހެކިވެއްޖައީމެވެ. އަހުރެމެންވަނީ ތިޔަކަންތަކުން غافل ވެގެންނޭ މިހެން قيامة ދުވަހުން ކަލޭމެން ނުބުނުމަށްޓަކައެވެ. މިދެގޮތަށްވެސް ترجمة ކުރެއްވިފައިވެއެވެ. والله أعلم)

Verse 173

أَوْ تَقُولُوٓا۟ إِنَّمَآ أَشْرَكَ ءَابَآؤُنَا مِن قَبْلُ وَكُنَّا ذُرِّيَّةً مِّنۢ بَعْدِهِمْ ۖ أَفَتُهْلِكُنَا بِمَا فَعَلَ ٱلْمُبْطِلُونَ

Transliteration aw taqūlū innamā ashraka ābāunā min qablu wakunnā dhurriyyatan min baʿdihim afatuh'likunā bimā faʿala l-mub'ṭilūna

Dhivehi ނުވަތަ ކަލޭމެން ބުނެފާނެތީއެވެ. (ކަލޭމެން ނުބުނުމަށްޓަކައެވެ.) ހަމަކަށަވަރުން شريك ކުރީ މީގެކުރީން އުޅުނު އަހުރެމެންގެ ކާބަފައިންނެވެ. އަހުރެމެންނަކީ އެމީހުންގެފަހުން އައި ދަރިފަސްކޮޅެކެވެ. (މިހެން ކަލޭމެން ބުނެފާނެއެވެ.) ފަހެ باطل ކަންތައް ކުރާމީހުން ކުރާކަންތަކުން އަޅަމެން ހަލާކުކުރައްވަނީތޯއެވެ.

Verse 174

وَكَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ وَلَعَلَّهُمْ يَرْجِعُونَ

Transliteration wakadhālika nufaṣṣilu l-āyāti walaʿallahum yarjiʿūna

Dhivehi އަދި ތިމަންރަސްކަލާނގެ އާޔަތް تفصيل ކޮށް بيان ކޮށްދެއްވަނީ އެމީހުން އެތިބިގޮތް ދޫކޮށް ހެޔޮމަގަށް رجوع ވޭތޯއެވެ.

Verse 175

وَٱتْلُ عَلَيْهِمْ نَبَأَ ٱلَّذِىٓ ءَاتَيْنَـٰهُ ءَايَـٰتِنَا فَٱنسَلَخَ مِنْهَا فَأَتْبَعَهُ ٱلشَّيْطَـٰنُ فَكَانَ مِنَ ٱلْغَاوِينَ

Transliteration wa-ut'lu ʿalayhim naba-a alladhī ātaynāhu āyātinā fa-insalakha min'hā fa-atbaʿahu l-shayṭānu fakāna mina l-ghāwīna

Dhivehi އަދި (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އާޔަތްތައް އެމީހަކަށް ދެއްވި މީހާގެ ވާހަކަ ކަލޭގެފާނު އެމީހުންނަށް ވިދާޅުވެދެއްވާށެވެ! ދެންފަހެ އެމީހާ އެއާޔަތްތަކުން މުޅިން ވަކިވެ ނިގުޅިގަނެއްޖެއެވެ. ދެން އޭނާޔާ تبع ވީ شيطان އާއެވެ. ފަހެ އޭނާ ވީ މަގުފުރެދި ހަލާކުވީ މީހުންގެތެރެއިންނެވެ. • ދަންނައެވެ. މިއާޔަތުގައި މި އިޝާރާތްކުރައްވާ މީހަކީ بني إسرائيل ގެ މީހެއްކަމުގައިވިއެވެ. އޭނާގެ ނަމަކަށް ކިޔަނީ يَلعم ނުވަތަ بَلَعَام އެވެ. އޭނާއަށް ﷲ نبي ކަން ދެއްވިކަމުގައިވެސް ބުނެވުނެވެ. ނުވަތަ އޭނާއަށް إسم ﷲ الأعظم ދެއްވިކަމުގައިވެއެވެ. ނުވަތަ ﷲ ގެ حجّة ތަކާއި دليل ތަކެއް އޭނާޔަށް އަންގަވައިދެއްވިކަމުގައިވިއެވެ. ދެންފަހެ އޭނާ އެކަންތަކުން ދުރުވެގަނެ އެކަންކަމުން ބަރީއަވީކަމުގައިވިއެވެ. ދެން އޭނާ شيطان އަށް تبع ވެ ގެއްލި ހަލާކުވީއެވެ. އަދި އަނެއް ރިވާޔަތެއްގައިވަނީ އެމީހަކީ أمَيّة بن أبى الصَّلتُ ކިޔާ މީހެއްކަމަށެވެ. މިވާހަކަތައް طبري ގެ تفسير ގައިވެސް ލިޔެވިގެންވެއެވެ. އެހެންނަމަވެސް އިތުބާރުކުރެވޭފަދަ صحّ ރިވާޔަތެއް ނުވާކަމުގައި أبوجعفر الطّبرى އެކަލޭގެފާނުންގެ تفسير ގައި ލިއުއްވާފައިވެއެވެ. والله أعلم - ދެން އަނެއް އާޔަތުގައި އެމީހާއާއި ބެހޭގޮތުން އެއަންގަވަނީ.

Verse 176

وَلَوْ شِئْنَا لَرَفَعْنَـٰهُ بِهَا وَلَـٰكِنَّهُۥٓ أَخْلَدَ إِلَى ٱلْأَرْضِ وَٱتَّبَعَ هَوَىٰهُ ۚ فَمَثَلُهُۥ كَمَثَلِ ٱلْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا ۚ فَٱقْصُصِ ٱلْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ

Transliteration walaw shi'nā larafaʿnāhu bihā walākinnahu akhlada ilā l-arḍi wa-ittabaʿa hawāhu famathaluhu kamathali l-kalbi in taḥmil ʿalayhi yalhath aw tatruk'hu yalhath dhālika mathalu l-qawmi alladhīna kadhabū biāyātinā fa-uq'ṣuṣi l-qaṣaṣa laʿallahum yatafakkarūna

Dhivehi އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ އޭނާ އެއާޔަތްތަކުގެ ސަބަބުން އުފުއްލަވައިފީހެވެ. މަތިވެރިކުރައްވައިފީހެވެ. އެހެނެއްކަމަކު އޭނާ ބިމަށް ލެނބިގަތީއެވެ. އެބަހީ ދުނިޔޭގެ حياة އަށް ލޯބިކުރީއެވެ. އަދި އޭނާގެ هواى نفس އާއި تبع ވީއެވެ. އޭނާގެ މިސާލަކީ ކުއްތާގެ މިސާލެވެ. އޭގެމައްޗަށް ބަރުކުރިއްޔާ ދޫނެރެގެން މާނޭވައިލައެވެ. އަދި ބަރުނުކޮށް ދޫކޮށްލާފައި އޮތަސް ދޫނެރެގެން މާނޭވައިލައެވެ. (އޭނާވެސް ﷲ ގެ وغظ އާއި نصيحة ލިބުނީމާވެސް ކާފަރުކަން ދޫކޮށް ހެޔޮމަގަށް رجوع ނުވިއެވެ. އަދި ﷲ ގެ وعظ އާއި نصيحة ނުލިބޭއިރުވެސް ކާފަރުކަން ދޫކޮށް ހެޔޮމަގަށް رجوع ނުވިއެވެ. އެހެންވެ އެގޮތުން مثال އެއްގޮތްވީއެވެ.) ދެން އެ އަންގަވަނީ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގު ކުރާމީހުންގެ مثال އަކީ އެއީއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް يعني: قوم ގެމީހުންނަށް ވާހަކަތައް ވިދާޅުވެދެއްވާށެވެ! އެއީ އެމީހުން ވިސްނާ فكر ކުރޭތޯއެވެ.

Verse 177

سَآءَ مَثَلًا ٱلْقَوْمُ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَأَنفُسَهُمْ كَانُوا۟ يَظْلِمُونَ

Transliteration sāa mathalan l-qawmu alladhīna kadhabū biāyātinā wa-anfusahum kānū yaẓlimūna

Dhivehi ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރާމީހުންގެ مثال އެއީ ނުބައިވެގެންވާ مثال އެކެވެ. އަދި އެމީހުންގެ نفس ތައް ނުބައިވެގެންވެއެވެ. އެމީހުންވީ އަނިޔާވެރިވާ ބަޔަކުކަމުގައެވެ.

Verse 178

مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِى ۖ وَمَن يُضْلِلْ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ

Transliteration man yahdi l-lahu fahuwa l-muh'tadī waman yuḍ'lil fa-ulāika humu l-khāsirūna

Dhivehi ﷲ އެމީހަކަށް ތެދުމަގުދެއްކެވި އަޅަކު (ދަންނައެވެ!) އެމީހަކީ އެއީ ތެދުމަގުގައި ވާނޭ މީހެކެވެ. ތެދުމަގު ލިބިގެންވާމީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހަކު (ދަންނައެވެ!) ގެއްލި ހަލާކުވެގެންވާ ބަޔަކީ އެއީއެވެ.

Verse 179

وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ ٱلْجِنِّ وَٱلْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌ لَّا يَسْمَعُونَ بِهَآ ۚ أُو۟لَـٰٓئِكَ كَٱلْأَنْعَـٰمِ بَلْ هُمْ أَضَلُّ ۚ أُو۟لَـٰٓئِكَ هُمُ ٱلْغَـٰفِلُونَ

Transliteration walaqad dharanā lijahannama kathīran mina l-jini wal-insi lahum qulūbun lā yafqahūna bihā walahum aʿyunun lā yub'ṣirūna bihā walahum ādhānun lā yasmaʿūna bihā ulāika kal-anʿāmi bal hum aḍallu ulāika humu l-ghāfilūna

Dhivehi އަދި ހަމަކަށަވަރުން ނަރަކައަށްޓަކައި ޖިންނީންނާއި އިންސާނުންކުރެ ގިނަބަޔަކު ތިމަންރަސްކަލާނގެ ހެއްދެވީމެވެ. އެމީހުންނަށް ހިތްތަކެއްވެއެވެ. އެމީހުން އެހިތްތަކުން ﷲ ގެ އާޔަތްތަކަކަށް އެކަލާނގެ ކުޅަދުންވަންތަކަމަކަށް އެކަލާނގެ އެއްކައުވަންތަ ކަމަކަށް ވިސްނާ فكر ނުކުރެއެވެ. އަދި އެމީހުންނަށް ލޯތަކެއްވެއެވެ. އެމީހުން އެލޯތަކުން ﷲ ގެ قدرة ތެރިކަމުގެ دليل ތަކަށް ބަލާއެއަށް تدبير ކޮށް ނުހަދައެވެ. އަދި އެމީހުންނަށް ކަންފަތްތަކެއްވެއެވެ. އެމީހުން އެކަންފަތަކުން ﷲ ގެ ފޮތުގެ އާޔަތްތަކެއް ނުއަހައެވެ. އަހައި فكر ނުކުރެއެވެ. އެމީސްމީހުން ހަމަ نعم ސޫފިފަދައެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުން އެއަށްވުރެވެސް މަގުފުރެދުންބޮޑެވެ. އަދި غافل ވެގެންވާ ބަޔަކީ އެއީއެވެ.

Verse 180

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَـٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ

Transliteration walillahi l-asmāu l-ḥus'nā fa-id'ʿūhu bihā wadharū alladhīna yul'ḥidūna fī asmāihi sayuj'zawna mā kānū yaʿmalūna

Dhivehi އަދި އެންމެރަނގަޅުވެގެންވާ އެންމެ ރިވެތި ނަންފުޅުތައް ﷲ އަށްވެއެވެ. ފަހެ އެނަންފުޅުތަކުން އެކަލާނގެއަށް ކަލޭމެން دعاء ކޮށް ގޮވާހަދާށެވެ! އަދި އެކަލާނގެ ނަންފުޅުތަކުގައި إلْحَادُ ކުރާމީހުން ކަލޭމެން ދޫކޮށްލާށެވެ! (إلْحَادُ ކުރުމަކީ އެނަންފުޅުތައް ބަދަލުކޮށް ހެދުމެވެ. ނުވަތަ އެއިން ނުބައި مُرَاد ކުރުމެވެ. އަދިވެސް އެބާވަތުގެ އެންމެހައި ކަމެކެވެ.) ނިކަންހުރެ އެމީހުން އެކުރާކަމުގައިވީ ނުބައި عمل ތަކަށް އެމީހުންނަށް جزاء ލިބޭނެއެވެ.

Verse 181

وَمِمَّنْ خَلَقْنَآ أُمَّةٌ يَهْدُونَ بِٱلْحَقِّ وَبِهِۦ يَعْدِلُونَ

Transliteration wamimman khalaqnā ummatun yahdūna bil-ḥaqi wabihi yaʿdilūna

Dhivehi އަދި ތިމަންރަސްކަލާނގެ ހެއްދެވި خلق ތަކުންގެ ތެރޭގައި حقّ އަށް ތެދުމަގު ލިބިގެންވާ ބަޔަކުވެއެވެ. އެމީހުން ތެދުމަގު ދައްކަނީވެސް حقّ އަށެވެ. އަދި އެ حقّ މަގުން އެމީހުން ނިޔާކޮށް عدل إنصاف ކުރެއެވެ.

Verse 182

وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ

Transliteration wa-alladhīna kadhabū biāyātinā sanastadrijuhum min ḥaythu lā yaʿlamūna

Dhivehi އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރާމީހުން (ދަންނައެވެ!) ނިކަންހުރެ އެމީހުންނަށް ނޭނގޭގޮތަށް އެމީހުންނަށް ތަންވަޅުދީ مُهْلَةُ ދީފާ ތިމަންރަސްކަލާނގެ އެމީހުން ހިއްޕަވާހުށީމެވެ.

Verse 183

وَأُمْلِى لَهُمْ ۚ إِنَّ كَيْدِى مَتِينٌ

Transliteration wa-um'lī lahum inna kaydī matīnun

Dhivehi ތިމަންރަސްކަލާނގެ އެމީހުންނަށް مُهْلَةُ ދެއްވާ ލަސްކުރަށްވާ ހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ރޭވުން ނުހަނު ގަދަފަދަވެގެންވެއެވެ.

Verse 184

أَوَلَمْ يَتَفَكَّرُوا۟ ۗ مَا بِصَاحِبِهِم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌ مُّبِينٌ

Transliteration awalam yatafakkarū mā biṣāḥibihim min jinnatin in huwa illā nadhīrun mubīnun

Dhivehi އެމީހުން ފަހެ އެމީހުންގެ އެކުވެރިޔާއާމެދު (މާތް رسول އާއާއިމެދު) ވިސްނާ فكر ނުކުރޭހެއްޔެވެ؟ އެކަލޭގެފާނުންގެ ކިބައިގާ އެއްވެސް ޖިންނިބަލިކަމެއް / މޮޔަކަމެއް ނުވެއެވެ. އަދި بيان ވެގެންވާ ނުވަތަ بيان ކޮށްދޭ نَذِيْر އަކުކަމުގައިމެނުވީ، އެކަލޭގެފާނު ނުވެއެވެ.

Verse 185

أَوَلَمْ يَنظُرُوا۟ فِى مَلَكُوتِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا خَلَقَ ٱللَّهُ مِن شَىْءٍ وَأَنْ عَسَىٰٓ أَن يَكُونَ قَدِ ٱقْتَرَبَ أَجَلُهُمْ ۖ فَبِأَىِّ حَدِيثٍۭ بَعْدَهُۥ يُؤْمِنُونَ

Transliteration awalam yanẓurū fī malakūti l-samāwāti wal-arḍi wamā khalaqa l-lahu min shayin wa-an ʿasā an yakūna qadi iq'taraba ajaluhum fabi-ayyi ḥadīthin baʿdahu yu'minūna

Dhivehi އެމީހުން ފަހެ އުޑުތަކާއި ބިމުގައިވާތަކެއްޗަށް އަދި އެތަންތާނގެ ވެރިކަމަށް ބަލާ فكر ކޮށް ނުހަދަނީބާވައެވެ؟ އަދި ﷲ ހައްދަވާފައި އެންމެހާތަކެއްޗަށާއި (ބަލާ ވިސްނާ ނުހަދާބާވައެވެ.) އަދި ހަމަކަށަވަރުން އެމީހުންގެ أجل ގާތްވެގެންވުން އެކަށީގެންވެއެވެ. ގާތްވެގެންވެދާނެއެވެ. އެމީހުން ފަހެ މި ކީރިތި قرآن އަށްފަހު (އެބަހީ: قرآن އަށް އީމާންނުވެ) ދެން އެމީހުން އީމާންވާނީ ކޮންވާހަކައަކަށް ބާވައެވެ؟

Verse 186

مَن يُضْلِلِ ٱللَّهُ فَلَا هَادِىَ لَهُۥ ۚ وَيَذَرُهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ

Transliteration man yuḍ'lili l-lahu falā hādiya lahu wayadharuhum fī ṭugh'yānihim yaʿmahūna

Dhivehi ﷲ މަގުފުރައްދަވާއަޅަކު (ދަންނައެވެ!) އޭނާއަށް ތެދުމަގު ދައްކާނޭ އެކަކުވެސް ނުވެއެވެ. އަދި އެމީހުންގެ ނުކިޔަމަންތެރިކަމާއި މަގުފުރެދުމުގައި ދެފުށުއެޅޭ حال އެކަލާނގެ އެމީހުން ދޫކުރައްވައެވެ.

Verse 187

يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّى ۖ لَا يُجَلِّيهَا لِوَقْتِهَآ إِلَّا هُوَ ۚ ثَقُلَتْ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ لَا تَأْتِيكُمْ إِلَّا بَغْتَةً ۗ يَسْـَٔلُونَكَ كَأَنَّكَ حَفِىٌّ عَنْهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

Transliteration yasalūnaka ʿani l-sāʿati ayyāna mur'sāhā qul innamā ʿil'muhā ʿinda rabbī lā yujallīhā liwaqtihā illā huwa thaqulat fī l-samāwāti wal-arḍi lā tatīkum illā baghtatan yasalūnaka ka-annaka ḥafiyyun ʿanhā qul innamā ʿil'muhā ʿinda l-lahi walākinna akthara l-nāsi lā yaʿlamūna

Dhivehi އަދި قيامة ވާނީ ކޮންއިރަކުންތޯ އަހައި ކަލޭގެފާނާ އެމީހުން ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ އެނގުންވަނީ ހަމަކަށަވަރުން ﷲ ގެ حضرة ގައެވެ. (ތިމަންކަލޭގެފާނަކަށް ނޭނގެއެވެ.) އޭގެ އެނގުންވަނީ ތިމަންކަލޭގެފާނުންގެ رَبّ ގެ حضرة ގައެވެ. އެކަންވުމުގެ މަގު އެކަލާނގެއަށް މެނުވީ ހަމައެކަކަށްވެސް އެކަލާނގެ ނާންގަވައެވެ. (ކިތަންމެ ކުއްތަން މަލާއިކަތްބޭކަލަކަށްވިޔަސް އަދި މާތްވެގެންވާ رسول އަކަށް نبي އަކަށްވެސް ނާންގަވައެވެ.) އުޑުތަކާއި ބިމުގެ أهل ވެރިންނަށް އެކަން އެނގުން ބަރުވެގެންވެއެވެ. ބޮޑުވެގެންވެއެވެ. ކަލޭމެންނަށް ހަމަކުއްލިއަކަށްމެނުވީ قيامة ނާންނާނެއެވެ. އެބަހީ قيامة އަންނާނީ ހަމަކުއްލިއަކަށެވެ. އެމީހުން يعني: مشرك ން ކަލޭގެފާނާ އެކަމާބެހޭގޮތުން ސުވާލުކުރަނީއެވެ. ކަލޭގެފާނު އެކަންދެނެހުރި މީހަކުފަދައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ علم ވާކަންކަށަވަރީ އެކަމުގެ އެނގުންވާކަންކަށަވަރީ - ﷲ ގެ حضرة ގައެވެ. އަދި އެހެންނަމަވެސް ގިނަމީހުންނަކަށް ނޭނގެއެވެ.

Verse 188

قُل لَّآ أَمْلِكُ لِنَفْسِى نَفْعًا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُ ۚ وَلَوْ كُنتُ أَعْلَمُ ٱلْغَيْبَ لَٱسْتَكْثَرْتُ مِنَ ٱلْخَيْرِ وَمَا مَسَّنِىَ ٱلسُّوٓءُ ۚ إِنْ أَنَا۠ إِلَّا نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ

Transliteration qul lā amliku linafsī nafʿan walā ḍarran illā mā shāa l-lahu walaw kuntu aʿlamu l-ghayba la-is'takthartu mina l-khayri wamā massaniya l-sūu in anā illā nadhīrun wabashīrun liqawmin yu'minūna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވި އެއްޗެއްމެނުވީ (އަދި ކަމެއްމެނުވީ) އަހުރެންގެ އަމިއްލަ نفس އަށް އެއްވެސް مَنْفَعَ އެއްވިޔަސް އަދި ނުވަތަ ގެއްލުމެއް އުނދަގުލެއްވިޔަސް އަހުރެންނަށް މިލްކުވެގެން ނުވެއެވެ. އަދި އަހުރެންނަށް غيب އެނގޭނަމަ ހަމަކަށަވަރުންވެސް ހެޔޮކަންތައްކުރުން ގިނަކުރީމުހެވެ. އަދި ނުބައިކަމެއް އަހުރެންގެ ގައިގާ ނުބީހުނީހެވެ. އަދި އަހުރެންނަކީ ނަރަކައިގެ خبر ތަކުން ބިރުވެރިކަމުގެ خبر ދެއްވާ (އަދި ސުވަރުގޭގެ ވާހަކައިން) އުފާވެރިކަމުގެ خبر ދެއްވާނޭމީހަކު ކަމުގައިމެނުވީ ނުވެއެވެ. އެއީ إيمان ވާ ބަޔަކަށެވެ.

Verse 189

۞ هُوَ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا ۖ فَلَمَّا تَغَشَّىٰهَا حَمَلَتْ حَمْلًا خَفِيفًا فَمَرَّتْ بِهِۦ ۖ فَلَمَّآ أَثْقَلَت دَّعَوَا ٱللَّهَ رَبَّهُمَا لَئِنْ ءَاتَيْتَنَا صَـٰلِحًا لَّنَكُونَنَّ مِنَ ٱلشَّـٰكِرِينَ

Transliteration huwa alladhī khalaqakum min nafsin wāḥidatin wajaʿala min'hā zawjahā liyaskuna ilayhā falammā taghashāhā ḥamalat ḥamlan khafīfan famarrat bihi falammā athqalat daʿawā l-laha rabbahumā la-in ātaytanā ṣāliḥan lanakūnanna mina l-shākirīna

Dhivehi އެކަލާނގެއީ ކަލޭމެން ހަމައެންމެ نفس އަކުން ހެއްދެވި ކަލާނގެއެވެ. އެއީ (آدم عليه السّلام އެވެ.) އަދި އެކަލާނގެ އެ نفس ން އެ نفس ގެ އަނބި حوّى ގެފާނު ހެއްދެވިއެވެ. އެއީ އެކަލޭގެފާނު އެކަމަނާގެފަރާޕުޅު ން ހަމަޖެހުމާއި އަރާމުލިބިވަޑައިގަތުމަށެވެ. ދެންފަހެ އެކަލޭގެފާނު އެކަމަނާ ނިވައިކުރެއްވިހިނދުން (އެބަހީ އެކަމަނާއާއި جِمَاع ވެވަޑައިގެންނެވުމުން ބަލިވެއިނުމުގެ (އާލާސްވެ އިންނެވުމުގެ) އަސަރު ލުއިލުއިގޮތަކަށް ފާޅުވެއްޖެއެވެ. ދެންފަހެ އެކަމަނާގެ رَحِمُ ގައި އެކަން ދެމިހުރެއްޖެއެވެ. ދެން އެކަމަނާއަށް ބަލިވެއިނުން ބަރުވުމުން (ދަރިފުޅުބޮޑުވިހިނދުން) އެދެކަނބަލުން ﷲ އަށް دعاء ދެންނެވިއެވެ. އިބަރަސްކަލާނގެ އަޅަމެނަށް صالح ދަރިކަލަކު ދެއްވައިފިއްޔާ ހަމަކަށަވަރުންވެސް شكر ކުރާ އަޅުންގެ ތެރެއިން އަޅަމެންވާހުށީމެވެ.

Verse 190

فَلَمَّآ ءَاتَىٰهُمَا صَـٰلِحًا جَعَلَا لَهُۥ شُرَكَآءَ فِيمَآ ءَاتَىٰهُمَا ۚ فَتَعَـٰلَى ٱللَّهُ عَمَّا يُشْرِكُونَ

Transliteration falammā ātāhumā ṣāliḥan jaʿalā lahu shurakāa fīmā ātāhumā fataʿālā l-lahu ʿammā yush'rikūna

Dhivehi ދެންފަހެ އެކަލާނގެ އެދެކަނބަލުންނަށް صالح ދަރިކަލަކު ދެއްވިހިނދުން އެދެކަނބަލުން އެކަލާނގެއަށް شريك ންތައްލައިފިއެވެ. (ރިވާވެގެންވަނީ: شريك ލެއްވީ ނަމުގައެވެ. އެ ވިހެއި ދަރިކަލުންނަށް ނަންދެއްވީ عبد الحَرث ކަމުގައިވިއެވެ. އެއީ شيطان ގެ ވަސްވާސްދެއްވުމުގެ ނަތީޖާއެއްގެގޮތުންނެވެ. - الحَرث އެއީ ﷲ ގެ ނަންފުޅެއްނޫނެވެ. އެއީ شيطان ގެ ނަމެވެ. މިވާހަކަ أبو جعفر الطَّبرى ގެ تفسير ގައްޔާއި އަދި އެހެނިހެން تفسير ތަކުގައި އެކިގޮތްގޮތަށް ބަޔާންކުރެވިފައިވެއެވެ. والله أعلم) ފަހެ އެމީހުން އެ شريك ކުރާތަކެތީން އެބަހީ مشرك ން شريك ކުރާތަކެތިފިޔަވައި އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ.

Verse 191

أَيُشْرِكُونَ مَا لَا يَخْلُقُ شَيْـًٔا وَهُمْ يُخْلَقُونَ

Transliteration ayush'rikūna mā lā yakhluqu shayan wahum yukh'laqūna

Dhivehi އެއްޗެއް ނުހެއްދެވޭ ފަރާތްތަކަކަށް (ބުދުތަކަކަށް) އެމީހުން އެކަލާނގެއާއި شريك ކުރަނީހެއްޔެވެ؟ އަދި އެތަކެތި އެވަނީ ހެއްދެވިގެންވާ ތަކެތިކަމުގައެވެ. مخلوق ންނެވެ.

Verse 192

وَلَا يَسْتَطِيعُونَ لَهُمْ نَصْرًا وَلَآ أَنفُسَهُمْ يَنصُرُونَ

Transliteration walā yastaṭīʿūna lahum naṣran walā anfusahum yanṣurūna

Dhivehi އަދި އެމީހުންނަށް نصر އެއްދިނުމަށްވެސް - (އެބަހީ އެބުދުތަކަށް އަޅުކަންކުރާމީހުންނަށް އެއްވެސް نصر އެއް ދިނުމަށްވެސް) އެތަކެއްޗަކަށް (އެބުދުތަކަކަށް) ކުޅަދާނަ ނުވާނެއެވެ. އަދި އެތަކެތީގެ އަމިއްލަ نفس ތަކަށް نصر އެއް ދިނުމަށްވެސް ކުޅަދާނަވެގެން ނުވެއެވެ.

Verse 193

وَإِن تَدْعُوهُمْ إِلَى ٱلْهُدَىٰ لَا يَتَّبِعُوكُمْ ۚ سَوَآءٌ عَلَيْكُمْ أَدَعَوْتُمُوهُمْ أَمْ أَنتُمْ صَـٰمِتُونَ

Transliteration wa-in tadʿūhum ilā l-hudā lā yattabiʿūkum sawāon ʿalaykum adaʿawtumūhum am antum ṣāmitūna

Dhivehi (އޭ މީސްތަކުންނޭވެ!) ކަލޭމެން އެމީހުންނަށް ތެދުމަގުގެ ފަރާތަށް ގޮވާ دعوة ދިނަސް އެފަދަމީހުން ކަލޭމެނާ تبع ނުވާނެއެވެ. ކަލޭމެން އެމީހުންނަށް دعوة ދިނުމެކޭ ނުވަތަ دعوة ނުދީ ހަމަހިމޭނުން ތިބުމެކޭ ހަމަހަމައެވެ. (އެމީހުން ހެޔޮމަގަށް ނާންނާނެއެވެ.)

Verse 194

إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ عِبَادٌ أَمْثَالُكُمْ ۖ فَٱدْعُوهُمْ فَلْيَسْتَجِيبُوا۟ لَكُمْ إِن كُنتُمْ صَـٰدِقِينَ

Transliteration inna alladhīna tadʿūna min dūni l-lahi ʿibādun amthālukum fa-id'ʿūhum falyastajībū lakum in kuntum ṣādiqīna

Dhivehi (އޭ مشرك ންނޭވެ!) ކަލޭމެން ﷲ ފިޔަވައި އެތަކެއްޗަށް ގޮވާތިޔަ دعاء ކުރާތަކެއްޗަކީ ހަމަ ކަލޭމެންކަހަލަ އަޅުންނެވެ. (مخلوق ންނެވެ.) ކަލޭމެން އެތަކެއްޗަށްގޮވާ دعاء ކޮށް އަދި އިޖާބަކޮށްދިނުމަށް އެދޭށެވެ! ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ (ނިކަން ބުނެބަލާށެވެ! އެތަކެތިން އެއްވެސް منفع އެއް އަދި ގެއްލުމެއްވޭހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ.)

Verse 195

أَلَهُمْ أَرْجُلٌ يَمْشُونَ بِهَآ ۖ أَمْ لَهُمْ أَيْدٍ يَبْطِشُونَ بِهَآ ۖ أَمْ لَهُمْ أَعْيُنٌ يُبْصِرُونَ بِهَآ ۖ أَمْ لَهُمْ ءَاذَانٌ يَسْمَعُونَ بِهَا ۗ قُلِ ٱدْعُوا۟ شُرَكَآءَكُمْ ثُمَّ كِيدُونِ فَلَا تُنظِرُونِ

Transliteration alahum arjulun yamshūna bihā am lahum aydin yabṭishūna bihā am lahum aʿyunun yub'ṣirūna bihā am lahum ādhānun yasmaʿūna bihā quli id'ʿū shurakāakum thumma kīdūni falā tunẓirūni

Dhivehi (އޭ މިތިބަ مشرك ންނޭވެ! ބުދަށް އަޅުކަންކުރާ މީހުންނޭވެ!) އެތަކެއްޗަށް (އެބަހީ އެބުދުތަކަށް) އެތަކެތި ހިނގާފައިދާނެ ފައިތަކެއް ވޭހެއްޔެވެ؟ (އެބަހީ ހިނގާނެ ފައިތަކެއް ނުވެއެވެ.) ނުވަތަ އެތަކެތި އެއްޗެތީގައި ހިފާނެ އަތްތަކެއްވޭހެއްޔެވެ؟ (އެބަހީ ތަކެތީގައި ހިފާނެ އަތެއް ނުވެއެވެ.) އަދި އެތަކެއްޗަށް އެލޯތަކުން ބަލާނޭ ލޯތަކެއްވޭހެއްޔެވެ؟ (އެބަހީ ތަކެތި ބަލާކަހަލަ ލޮލެއް ނުވެއެވެ.) ނުވަތަ އެތަކެއްޗަށް އެކަންފަތްތަކުން އަޑުއަހާނެ ކަންފަތްތަކެއް ވޭހެއްޔެވެ؟ (އެބަހީ އަޑުއިވޭ ކަންފަތެއް ނުވެއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެން مشرك ންނޭވެ!) ކަލޭމެން ކަލޭމެންގެ شريك ންތަކަށް ގޮވާ دعاء ކުރާށެވެ! (އަދި ކަލޭމެންނާ އެތަކެއްޗާވެގެން) އަހުރެންނަށް ރޭވުމެއް ރާވާ مكر އެއް ހަދާށެވެ! އަދި އަހުރެންނަށް އެއްވެސް فرصة އެއް، އަދި ތަންވަޅެއްވެސް ނުދީބަލާށެވެ! (އެތަކެއްޗަށް މިއިން އެއްވެސްކަމެއް ވާނީއެއްނޫނެވެ. އެހެނީ އެއީ جَمَاد އެއްޗެތި ތަކެކެވެ. منفع އެއްދިނުމެއް ގެއްލުމެއް ދިނުމެއް مِلْكُ ވެގެން ނުވެއެވެ. އެވަރުންވެސް ކަލޭމެން އެތަކެއްޗަށް އަޅުކަންކުރަނީހެއްޔެވެ؟)

Verse 196

إِنَّ وَلِـِّۧىَ ٱللَّهُ ٱلَّذِى نَزَّلَ ٱلْكِتَـٰبَ ۖ وَهُوَ يَتَوَلَّى ٱلصَّـٰلِحِينَ

Transliteration inna waliyyiya l-lahu alladhī nazzala l-kitāba wahuwa yatawallā l-ṣāliḥīna

Dhivehi އަދި އަހުރެންގެ ސަހަރޯވެރިއަކީ ﷲ އެވެ. އެކަލާނގެއީ ފޮތް ބާވައިލައްވާ ކަލާނގެއެވެ. އަދި އެމީހެއްގެ عمل ތައް صلح ވެގެންވާ صالح މާތްމީހުންނަށް އެކަލާނގެ ސަހަރޯވެރިވެވޮޑިގަންނަވައެވެ. (އެއީ އެމީހުންގެ ސަހަރޯވެރިޔާއެވެ.)

Verse 197

وَٱلَّذِينَ تَدْعُونَ مِن دُونِهِۦ لَا يَسْتَطِيعُونَ نَصْرَكُمْ وَلَآ أَنفُسَهُمْ يَنصُرُونَ

Transliteration wa-alladhīna tadʿūna min dūnihi lā yastaṭīʿūna naṣrakum walā anfusahum yanṣurūna

Dhivehi އަދި އެކަލާނގެ ފިޔަވައި ކަލޭމެން ތިޔަގޮވާ دعاء ކުރާތަކެތި ދަންނައެވެ! ކަލޭމެނަށް نصر އެއް ދޭކަށް އެތަކެއްޗަށް ކުޅަދާނަވެގެން ނުވެއެވެ. ނުވެސްވާނެއެވެ. އަދި އެތަކެތީގެ އަމިއްލަ نفس ތަކަށް نصر ދޭންވެސް ކުޅަދާނަ ނުވެއެވެ. (ދެން އެކަލާނގެއާއި އެތަކެއްޗާއި ހަމަހަމަކޮށް އެތަކެއްޗަށް އަޅުކަންކުރުން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟)

Verse 198

وَإِن تَدْعُوهُمْ إِلَى ٱلْهُدَىٰ لَا يَسْمَعُوا۟ ۖ وَتَرَىٰهُمْ يَنظُرُونَ إِلَيْكَ وَهُمْ لَا يُبْصِرُونَ

Transliteration wa-in tadʿūhum ilā l-hudā lā yasmaʿū watarāhum yanẓurūna ilayka wahum lā yub'ṣirūna

Dhivehi އަދި (އޭ مشرك ންނޭވެ!) ކަލޭމެން ތިޔަ އަޅުކަންކުރާ ތަކެއްޗަށް ތެދުމަގުގެ ފަރާތަށް ކަލޭމެން ގޮވިނަމަވެސް އެތަކެތި އެއަޑު ނުއަހާނެއެވެ. އަދި ކަލޭ އެތަކެތި ދެކޭނީ / ނުވަތަ އެތަކެތި ފެންނާނީ ކަލެއް ބަލާގޮތަށެވެ. ހީވާނީ ބަލާހެންނެވެ. އެކަމަކު އެތަކެއްޗަކަށް ނުފެންނާނެއެވެ.

Verse 199

خُذِ ٱلْعَفْوَ وَأْمُرْ بِٱلْعُرْفِ وَأَعْرِضْ عَنِ ٱلْجَـٰهِلِينَ

Transliteration khudhi l-ʿafwa wamur bil-ʿur'fi wa-aʿriḍ ʿani l-jāhilīna

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު عفو ކުރެއްވުމުގައި ހިއްޕަވާށެވެ! عفوކުރައްވާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރައްވާށެވެ! އަދި ޖާހިލުންގެފަރާތުން އެނބުރި ވަޑައިގަންނަވާށެވެ! (އޭގެ މާނައީ އޭ رسول ﷲ އެވެ!) ކަލޭގެފާނާ ގުޅުންކެނޑިފައިވާ މީހަކަށްނަމަ ގުޅުން ބަދަހިކުރައްވާށެވެ! އަދި އެމީހަކަށް އެތިކޮޅުދިނުން ކަނޑާފައިވާ މީހާއަށް އެތިކޮޅުދޭށެވެ! އަދި ކަލޭގެފާނަށް އަނިޔާކުރި މީހާއަށް عفو ކުރައްވާށެވެ. މިއެވެ. والله أعلم) = تفسير الطّبرى =

Verse 200

وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَـٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۚ إِنَّهُۥ سَمِيعٌ عَلِيمٌ

Transliteration wa-immā yanzaghannaka mina l-shayṭāni nazghun fa-is'taʿidh bil-lahi innahu samīʿun ʿalīmun

Dhivehi އަދި ކަނޑައެޅިގެން شيطان އާގެފަރާތުން ކަލޭގެފާނަށް ވަސްވާހެއްކޮށް ކަލޭގެފާނު ކޯފާކުރުވަންޏާ ކަލޭގެފާނު ﷲ ގެ حضرة ން ވާގިއެދިވަޑައިގެން حماية އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 201

إِنَّ ٱلَّذِينَ ٱتَّقَوْا۟ إِذَا مَسَّهُمْ طَـٰٓئِفٌ مِّنَ ٱلشَّيْطَـٰنِ تَذَكَّرُوا۟ فَإِذَا هُم مُّبْصِرُونَ

Transliteration inna alladhīna ittaqaw idhā massahum ṭāifun mina l-shayṭāni tadhakkarū fa-idhā hum mub'ṣirūna

Dhivehi ހަމަކަށަވަރުން تقوى ވެރިވީމީހުންނަށް شيطان އާގެފަރާތުން ވަސްވާހެއް ނުވަތަ ބޭކާރު خيال އެއް އައިސް މަގުންނެއްޓޭއިރަށް އެމީހުން ﷲ ގެ ހައިބަވަންތަކަމާއި އެކަލާނގެ ނަހީތައް ހަނދާންވެ އެކުރެވޭ ނުބައިކަމެއް ހުއްޓާލާފާނެއެވެ.

Verse 202

وَإِخْوَٰنُهُمْ يَمُدُّونَهُمْ فِى ٱلْغَىِّ ثُمَّ لَا يُقْصِرُونَ

Transliteration wa-ikh'wānuhum yamuddūnahum fī l-ghayi thumma lā yuq'ṣirūna

Dhivehi އަދި އެ شيطان އާގެ أخ ންތައް (އެބަހީ شيطان އާގެބަހަށް ހެއްލި އޭނާޔާ تبع ވާމީހުން) އެ شيطان ން އެސޮރުމެންގެ أخ ން މަގުފުރެދުމުގެތެރޭގައި ދަމަހައްޓުވާނެއެވެ. ދެން އެބައިމީހުން އެކަން ހުއްޓައިނުލައި ނުބައި ކަންތައް ދަމަހައްޓާނެއެވެ. ކުރިޔަށް ގެންދާނެއެވެ.

Verse 203

وَإِذَا لَمْ تَأْتِهِم بِـَٔايَةٍ قَالُوا۟ لَوْلَا ٱجْتَبَيْتَهَا ۚ قُلْ إِنَّمَآ أَتَّبِعُ مَا يُوحَىٰٓ إِلَىَّ مِن رَّبِّى ۚ هَـٰذَا بَصَآئِرُ مِن رَّبِّكُمْ وَهُدًى وَرَحْمَةٌ لِّقَوْمٍ يُؤْمِنُونَ

Transliteration wa-idhā lam tatihim biāyatin qālū lawlā ij'tabaytahā qul innamā attabiʿu mā yūḥā ilayya min rabbī hādhā baṣāiru min rabbikum wahudan waraḥmatun liqawmin yu'minūna

Dhivehi އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންގެގާތަށް އެބަހީ: مشرك ންގެ ގާތަށް އާޔަތަކައިގެން ވަޑައިނުގެންފިއްޔާ (އެބަހީ އާޔަތް ބާވައިލެއްވުން ލަސްވެއްޖެއްޔާ) އެމީހުން ބުނާނެއެވެ. ކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން އާޔަތެއް ނުގެނައީ ކީއްވެގެންހެއްޔެވެ؟ (އާޔަތެއް އަމިއްލަފުޅަށް ހެއްދެވިނަމައެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެން تبع ވާކަންކަށަވަރީ އަހުރެންގެ ربّ ގެ حضرة ން އަހުރެންނަށް ބާވައިލެއްވޭ وحي އާއެވެ. މި قرآن މިއީ ކަލޭމެންގެ ربّ ގެ حضرة ން އައިސްފައިވާ دليل ތަކެކެވެ. حجّة ތަކެކެވެ. އަދި އީމާންވާބަޔަކަށްވާ ތެދުމަގަކާއި رحمة އެކެވެ.

Verse 204

وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ لَعَلَّكُمْ تُرْحَمُونَ

Transliteration wa-idhā quri-a l-qur'ānu fa-is'tamiʿū lahu wa-anṣitū laʿallakum tur'ḥamūna

Dhivehi އަދި قرآن ކިޔެވެންޏާ ކަލޭމެން އެޔަށްކަނުލައި އަހައި ހަނުހިމޭނުން ތިބޭށެވެ! އެއީ ކަލޭމެނަށް رحمة ލެއްވޭތޯއެވެ.

Verse 205

وَٱذْكُر رَّبَّكَ فِى نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ ٱلْجَهْرِ مِنَ ٱلْقَوْلِ بِٱلْغُدُوِّ وَٱلْـَٔاصَالِ وَلَا تَكُن مِّنَ ٱلْغَـٰفِلِينَ

Transliteration wa-udh'kur rabbaka fī nafsika taḍarruʿan wakhīfatan wadūna l-jahri mina l-qawli bil-ghuduwi wal-āṣāli walā takun mina l-ghāfilīna

Dhivehi އަދި ކަލޭގެފާނު އަމިއްލަ نفس ފުޅަށް تواضع ވެރިކަމާއި މަޑުމޮޅިކަމާއި ބިރުވެތިކަމާއިއެކު ކަލޭގެފާނުންގެ ربّ ހަނދުމަންކުރައްވާށެވެ! ﷲ ގެ ذِكر ކުރައްށެވެ! އަދި ދުލުން دعاء ކުރައްވާއިރުވެސް އަޑުބާރުނޫންކޮށް ހެނދުނާ ހަވީރު دعاء ކުރައްވާ ذِكر ކުރައްވާށެވެ! އަދި غافل ންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! (ދަންނައެވެ! މިފަދަ ކޮންމެ مخاطب އަކީ أمّة ގެ އެންމެންނަށްވާ مخاطب އެކެވެ.)

Verse 206

إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسْجُدُونَ ۩

Transliteration inna alladhīna ʿinda rabbika lā yastakbirūna ʿan ʿibādatihi wayusabbiḥūnahu walahu yasjudūna

Dhivehi ހަމަކަށަވަރުން ކަލޭގެފާނުގެ ربّ ގެ حضرة ގައިވާ ބޭކަލުން (މަލާއިކަތްބޭކަލުން) އެކަލާނގެއަށް އަޅުކަންކުރެއްވުމަކަށް ބޮޑާވެ ކިބުރުވެރިވެވަޑައި ނުގަންނަވައެވެ. އަދި އެބޭކަލުން އެކަލާނގެއަށް تسبيح ވިދާޅުވެއެވެ. އަދި އެބޭކަލުން سجدة ކުރައްވަނީ ހަމަ އެކަލާނގެއަށެވެ.

Read Surah Al-A'raf in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.