Surah As-Saf in Dhivehi: translation and audio
Surah 61 · الصف · The Ranks · 14 verses
Surah As-Saf verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah As-Saf word by word in English.
Verse 1
سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
Transliteration sabbaḥa lillahi mā fī l-samāwāti wamā fī l-arḍi wahuwa l-ʿazīzu l-ḥakīmu
Dhivehi އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ﷲ އަށް تَسْبِيح ކިޔައެވެ. ހުސް طاهِر ވަންތަ ކުރެއެވެ.
Verse 2
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِمَ تَقُولُونَ مَا لَا تَفْعَلُونَ
Transliteration yāayyuhā alladhīna āmanū lima taqūlūna mā lā tafʿalūna
Dhivehi އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ކަލޭމެން ނުކުރާ ކަންތައްތަކުގެ ވާހަކަ ކުރިކަމަށް ބުނަނީ ކީއްވެގެން ހެއްޔެވެ؟ (އެކަމެއް ނުކޮށްތިބެ، ތިމާމެން އެވެނި ހެޔޮކަމެއް ކޮށްފީމޭ، މިވެނި ރަނގަޅުކަމެއް ކޮށްފީމޭ ބުނެހަދަނީ ކީއްވެގެން ހެއްޔެވެ؟)
Verse 3
كَبُرَ مَقْتًا عِندَ ٱللَّهِ أَن تَقُولُوا۟ مَا لَا تَفْعَلُونَ
Transliteration kabura maqtan ʿinda l-lahi an taqūlū mā lā tafʿalūna
Dhivehi ކަލޭމެން ނުކުރާ ކަންތަކުގެ ވާހަކަ ކޮށްފީމޭ ބުނެހެދުމީ ﷲ ގެ حَضْرَة ގައި ކޯފާއާއި، عَذاب ބޮޑުވެގެންވާ ކަމެކެވެ. (އެ ހެދެނީ ދޮގެކެވެ.)
Verse 4
إِنَّ ٱللَّهَ يُحِبُّ ٱلَّذِينَ يُقَـٰتِلُونَ فِى سَبِيلِهِۦ صَفًّا كَأَنَّهُم بُنْيَـٰنٌ مَّرْصُوصٌ
Transliteration inna l-laha yuḥibbu alladhīna yuqātilūna fī sabīlihi ṣaffan ka-annahum bun'yānun marṣūṣun
Dhivehi ﷲ ގެ މަގުގައި ސަފުސަފަށް (އެއްގާކޮޅު އަނެއް ގާކޮޅާ ގުޅި، ތަތްވެ ގަދަފަދަވެފައިވާ ބިނާއެއްފަދަ ގަދަފަދަކޮށް ސަފުހަދައިގެން) ހަނގުރާމަކުރާ މީހުންނަށް ﷲ ލޯބިވެވޮޑިގެން ވެއެވެ.
Verse 5
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَـٰقَوْمِ لِمَ تُؤْذُونَنِى وَقَد تَّعْلَمُونَ أَنِّى رَسُولُ ٱللَّهِ إِلَيْكُمْ ۖ فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ
Transliteration wa-idh qāla mūsā liqawmihi yāqawmi lima tu'dhūnanī waqad taʿlamūna annī rasūlu l-lahi ilaykum falammā zāghū azāgha l-lahu qulūbahum wal-lahu lā yahdī l-qawma l-fāsiqīna
Dhivehi އަދި مُوْسَى عَلَيْه السلام އެކަލޭގެފާނުގެ قَوْم ގެ މީހުންނަށް ވިދާޅުވިހިނދު ހަނުމަފުޅު ކުރައްވާށެވެ ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ އަހުރެންގެ قَوْم ގެ މީހުންނޭވެ. ކަލޭމެން ތިމަން ކަލޭގެފާނަށް އުނދަގޫ ކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެންގެ ގާތަށް ﷲ ފޮނުއްވި رَسُوْل އާކަން ކަލޭމެން ރަނގަޅަށް ދަންނާނެއެވެ.] (އެމީހުން އެކަލޭގެފާނަށް އުނދަގޫކުރީ އެކަލޭގެފާނުގެ ބަސްފުޅު ނުއެހުމުންނާއި، އެކަލޭގެފާނުގެ أمْر ފުޅަށް ނުކިޔަމަންތެރި ވެގެންނާއި، އަދި އެކަލޭގެފާނަށް ހުތުރު އެއްޗެތި ކިޔައިގެންނެވެ. އެކަލޭގެފާނުގެ ކުރިމަތިފަރާތް ބޮޑުވެފައޭވެސް އެމީހުން ކީއެވެ. أحْزاب ސޫރަތް ނިމޭތާ އެވާހަކަ ذِكْر ކުރެވިގެން ވެއެވެ.) ދެންފަހެ އެމީހުން އެގޮތުގެ މަތީގައި އެކަލޭގެފާނަށް ނުކިޔަމަންތެރިވުން މަތީ ދެމިތިބުމުން، ނުވަތަ إِيْمَان ކަމާއި، ތެދުމަގާ ދުރަށް އެމީހުން ލެނބުމުން ﷲ އެމީހުންގެ ހިތްތައް إِيْمَان ކަމާއި، ތެދުމަގާ ދުރަށް ލަންބަވައިފިއެވެ. އަދި فاسِق ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.
Verse 6
وَإِذْ قَالَ عِيسَى ٱبْنُ مَرْيَمَ يَـٰبَنِىٓ إِسْرَٰٓءِيلَ إِنِّى رَسُولُ ٱللَّهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَمُبَشِّرًۢا بِرَسُولٍ يَأْتِى مِنۢ بَعْدِى ٱسْمُهُۥٓ أَحْمَدُ ۖ فَلَمَّا جَآءَهُم بِٱلْبَيِّنَـٰتِ قَالُوا۟ هَـٰذَا سِحْرٌ مُّبِينٌ
Transliteration wa-idh qāla ʿīsā ub'nu maryama yābanī is'rāīla innī rasūlu l-lahi ilaykum muṣaddiqan limā bayna yadayya mina l-tawrāti wamubashiran birasūlin yatī min baʿdī us'muhu aḥmadu falammā jāahum bil-bayināti qālū hādhā siḥ'run mubīnun
Dhivehi އަދި مَرْيَم ގެފާނުންގެ ދަރިކަލުން عِيْسَى عَلَيْه السلام بَنِي إسْرائيل ންނަށް ވިދާޅުވި ހިނދު ކަންވީގޮތް ހަނދުމަ ފުޅު ކުރައްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ بَنِي إسْرائيل އެވެ! ހަމަކަށަވަރުން އަހުރެންނަކީ ކަލޭމެންގެ ގާތަށް ﷲ ފޮނުއްވި رَسُوْل އާއެވެ. އެއީ އަހުރެންގެ ކުރީގައި ވާ تَوْرَاة ތެދުކުރާ حال ގައެވެ. އަދި އަހުރެންގެ ފަހުން ވަޑައިގަންނަވާނޭ رَسُوْل ބޭކަލަކު ވަޑައިގަންނަވާނޭ ކަމުގެ އުފާވެރި خَبَر ވެސް ކަލޭމެންނަށް ދޭށެވެ. އެ ބޭކަލެއްގެ ނަންފުޅަކީ أَحْمَد އެވެ.] ދެންފަހެ ބަޔާންވެ، ފައުޅުވެގެންވާ مُعْجِزَة އާއި، دَلِيل އާއިގެން އެކަލޭގެފާނު (އެބަހީ عِيْسَى / ނުވަތަ أَحْمَد ގެފާނު) ވަޑައިގަތުމުން އެމީހުން ބުނީ [މިއީ بَيَان ވެގެންވާ سِحْر އެއް] ކަމުގައެވެ. (ކާފަރުންގެ މީހުން މިއިން އެއް ބޭކަލަކަށްވެސް إِيْمَان އެއް ނުވިއެވެ.)
Verse 7
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ وَهُوَ يُدْعَىٰٓ إِلَى ٱلْإِسْلَـٰمِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ
Transliteration waman aẓlamu mimmani if'tarā ʿalā l-lahi l-kadhiba wahuwa yud'ʿā ilā l-is'lāmi wal-lahu lā yahdī l-qawma l-ẓālimīna
Dhivehi إسْلام ވުމަށް އެމީހަކަށް ގޮވޭހިނދު، ގޮވެމުން ދާއިރު ﷲ ގެ މައްޗަށް ބޮޑު ދޮގެއް ހަދައިގަތް މީހަކަށް ވުރެން ވަކީން ބޮޑު އަނިޔާވެރިޔަކީ ކާކު ހެއްޔެވެ؟ އެއަށްވުރެ ބޮޑު އަނިޔާވެރިޔަކު ނުވާނެއެވެ. އަދި އަނިޔާވެރި ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވާ ހުއްޓެވެ.
Verse 8
يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَـٰفِرُونَ
Transliteration yurīdūna liyuṭ'fiū nūra l-lahi bi-afwāhihim wal-lahu mutimmu nūrihi walaw kariha l-kāfirūna
Dhivehi އެމީހުން އެދެނީ އެމީހުންގެ އަނގަތަކުން (ބައްތީގެ ހުޅުކޮޅަށް ފުމޭގޮތަށް ފުމެގެން) ﷲ ގެ نُوْر ނިވާލާން ކަމަށެވެ. إسْلام دِيْن ގެ އަލިކަން ނައްތައިލާން ކަމަށެވެ. އެކަމަކު ކާފަރުން ނުރުހި ތިއްބަސް ﷲ އެކަލާނގެ نُوْر ފުރިހަމަ ކުރައްވާނެއެވެ. إسْلام دِيْن ފައުޅުކުރައްވާނެއެވެ.
Verse 9
هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ
Transliteration huwa alladhī arsala rasūlahu bil-hudā wadīni l-ḥaqi liyuẓ'hirahu ʿalā l-dīni kullihi walaw kariha l-mush'rikūna
Dhivehi އެކަލާނގެއީ ތެދުމަގާއި، حَقّ دِين އާއިގެން އެކަލާނގެ رَسُوْل އާ مُحَمَّدٌ ﷺ ފޮނުއްވި ކަލާނގެއެވެ. އެއީ އެންމެހައި دِيْن ތަކެއްގެ މައްޗަށް އެ دِيْن ފައުޅުކުރައްވައި، ގަދަކުރެއްވުމަށްޓަކައެވެ. مُشْرِك ންނާއި دِين ގެ عَداوَة ތެރީން ނުރުހި ތިބިނަމަވެސް މެއެވެ.
Verse 10
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ هَلْ أَدُلُّكُمْ عَلَىٰ تِجَـٰرَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ
Transliteration yāayyuhā alladhīna āmanū hal adullukum ʿalā tijāratin tunjīkum min ʿadhābin alīmin
Dhivehi އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ވޭންދެނިވި عَذاب ން ތިޔަބައިމީހުން ސަލާމަތް ވާނޭ ވިޔަފާރިއަކަށް ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް މަގުދައްކައި، އިރުޝާދުދެއްވާ ހުށީމެވެ. އެ ވިޔަފާރީގެ رَأْسُالمَال އަކީ (ތިޔަބައިމީހުންގެ ފަރާތުން ދައްކާންޖެހޭ މުދަލަކީ):
Verse 11
تُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَـٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
Transliteration tu'minūna bil-lahi warasūlihi watujāhidūna fī sabīli l-lahi bi-amwālikum wa-anfusikum dhālikum khayrun lakum in kuntum taʿlamūna
Dhivehi ތިޔަބައިމީހުން ﷲ އަށާއި، އެކަލާނގެ رَسُوْل އާއަށް إِيْمَان ވެ، އެ ދެފަރާތް ތެދުކުރުމާއި، ތިޔަބައިމީހުންގެ މުދަލާއި، ތިޔަބައިމީހުންގެ نَفْس ތަކުން ﷲ ގެ މަގުގައި جِهاد ކުރުމެވެ. ތިޔަބައިމީހުންނަށް އެނގޭނަމަ އެގޮތް، އަދި އެ ކަންތައް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަމުގެ ބަދަލުގައި ކަލޭމެންނަށް ހުރި ފައިދާއަކީ، އެ ވިޔަފާރީގެ ނަފާއަކީ:
Verse 12
يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ وَمَسَـٰكِنَ طَيِّبَةً فِى جَنَّـٰتِ عَدْنٍ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ
Transliteration yaghfir lakum dhunūbakum wayud'khil'kum jannātin tajrī min taḥtihā l-anhāru wamasākina ṭayyibatan fī jannāti ʿadnin dhālika l-fawzu l-ʿaẓīmu
Dhivehi އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސެވުމެވެ. އަދި އެ ތަންތާނގެ ދަށުން އާރުތައް ދެމިގެންވާ ސުވަރުގެތަކަށް ތިޔަބައިމީހުން ވެއްދެވުމެވެ. އަދި قائِم ވެ ތިބޭ ސުވަރުގެތަކުގައި ތިބޭނޭ مَسْكَن ތައް (ތިބޭނޭ ތަން) ތިޔަބައިމީހުންނަށް ދެއްވުމެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.
Verse 13
وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِّنَ ٱللَّهِ وَفَتْحٌ قَرِيبٌ ۗ وَبَشِّرِ ٱلْمُؤْمِنِينَ
Transliteration wa-ukh'rā tuḥibbūnahā naṣrun mina l-lahi wafatḥun qarībun wabashiri l-mu'minīna
Dhivehi އަދި ތިޔަބައިމީހުން އެ ފައިދާއަކަށް ޓަކައި ލޯބިކުރާނޭ އެހެން ފައިދާއެއް ވެއެވެ. އެއީ ﷲ ގެ حَضْرَة ން ވާ نَصْر އާއި، ކާމިޔާބެވެ. އަދި فَتْح އެވެ. (مَكَّة فَتْح ވުމެވެ.) އަދި مُؤْمِن ތަކުންނަށް އުފާވެރިކަމުގެ خَبَر ދެއްވާށެވެ.\nދަންނައެވެ. އިސްވެދިޔަ ދެތިން آيَة ގައި ﷲ بَيان ކުރައްވާފައި އެވާ ނަފާ އެހައިބޮޑު ވިޔަފާރިއަކީ މިއަދު އަޅުގަނޑުމެންނަށް ބައިވެރި ވެވިދާނޭ ވިޔަފާރިއެކެވެ. އެއް ފަރާތުން ހުށައަޅާންޖެހޭ މުދަލަކީ ﷲ އަށާއި، އެކަލާނގެ رَسُوْل އާއަށް إِيْمَان ވުމާއި، ދެން ތިމާމެންގެ މުދަލާއި نَفْس ތަކުން ﷲ ގެ މަގުގައި جِهاد ކުރުމެވެ. މި ތަކެތީގެ ބަދަލުގައި ﷲ ދެއްވަން އެ އަންގަވަނީ ދުވަހަކު ނިމުމެއް ނުވާ ބޮޑު نِعْمَة އެވެ. އެއީ ފާފަ ފުއްސަވައި ދެއްވުމާއި އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގައި އޮންނަ ސުވަރުގެތަކަށް ވެއްދެވުމާއި، قائِم ވެ ތިބޭ ސުވަރުގެއިން މާތްވެގެންވާ ގޯތިގެދޮރު ދެއްވުމެވެ. އަދި މީގެ އިތުރުން އެހެން ފައިދާއެކެވެ. އެއީ ދުނިޔެމަތީގައި ދެއްވާނޭ ފައިދާއެވެ. ކުރީން ދެންނެވިގެން އެވަނީ قِيامَة ދުވަހުން ހުރި ފައިދާއާއި، ބޮޑުވެގެންވާ ނަސީބެވެ. ދުނިޔެމަތީގައިވާ ފައިދާއަކީ ﷲ ގެ نَصْر އާއި، فَتْح ދެއްވުމެވެ. ފަހެ މި ވިޔަފާރީގެ ނަފާ ބޮޑުކަމާއެވެ!
Verse 14
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوٓا۟ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبْنُ مَرْيَمَ لِلْحَوَارِيِّـۧنَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ۖ فَـَٔامَنَت طَّآئِفَةٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ وَكَفَرَت طَّآئِفَةٌ ۖ فَأَيَّدْنَا ٱلَّذِينَ ءَامَنُوا۟ عَلَىٰ عَدُوِّهِمْ فَأَصْبَحُوا۟ ظَـٰهِرِينَ
Transliteration yāayyuhā alladhīna āmanū kūnū anṣāra l-lahi kamā qāla ʿīsā ub'nu maryama lil'ḥawāriyyīna man anṣārī ilā l-lahi qāla l-ḥawāriyūna naḥnu anṣāru l-lahi faāmanat ṭāifatun min banī is'rāīla wakafarat ṭāifatun fa-ayyadnā alladhīna āmanū ʿalā ʿaduwwihim fa-aṣbaḥū ẓāhirīna
Dhivehi އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ ގެ نَصْر ވެރީންނަށް ވާށެވެ. އެބަހީ ﷲ ގެ دِين އަށް نَصْر ދޭ ބަޔަކު ކަމުގައި ކަލޭމެން ވާށެވެ. އެއީ حَوارِيّ ންނަށް ވެސް عِيْسَى ވިދާޅުވި ފަދައިންނެވެ. (حَوارِيّ ންނަކީ عِيْسَى عَلَيْه السلام ގެ أصْحاب ންނެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. [ﷲ އަށް نَصْر ދޭން އަހުރެންގެ نَصْر ވެރީންނަކީ ކޮބައިހެއްޔެވެ؟] އެބަހީ [ﷲ ގެ دِين އަށް نَصْر ދިނުމަށް ޓަކައި އަހުރެންނަށް نَصْر ދީ ވާގިވެރިވާނޭ ބަޔަކީ ކޮން ބައެއް ހެއްޔެވެ؟] އެހިނދު حَوارِيّ ބޭކަލުން ދެންނެވިއެވެ. [އަހުރެމެން މީ ﷲ ގެ نَصْر ވެރީންނެވެ.] އެބަހީ [ﷲ ގެ دِين އަށް نَصْر ދޭން ތިބި މީހުންނެވެ.] (مُحَمَّد ގެފާނަށް إِيْمَان ވެގެން ތިބި މީހުންނޭވެ. عِيْسَى عَلَيْه السلام ގެ حَوارِيّ ބޭކަލުން އެ ވިދާޅުވިގޮތަށް ﷲ ގެ دِين އަށް نَصْر ދޭ ބަޔަކު ކަމުގައި ކަލޭމެން ވާށެވެ.\nފަހެ أصْحاب ބޭކަލުންނަށް رَسُوْل ﷲ ﷺ އެފަދައިން އެންގެވުމުން އެ ބޭކަލުން ކަންތައް ކުރެއްވީވެސް ހަމަ އެފަދައިންނެވެ. އެ ބޭކަލުން ވީ ﷲ ގެ دِين އަށް نَصْر ދިން މާތް ބޭކަލުން ކަމުގައެވެ. رَضِيَ ﷲ عَنْهُم) ދެން بَنِي إسْرائِيل ންގެ ތެރެއިން جَماعَة އެއްގެ ބަޔަކު މީހުން عِيْسَى عَلَيْه السلام އަށް إِيْمَان ވިއެވެ. އަދި އޭގެ ތެރެއިން جَماعَة އެއްގެ ބަޔަކު ކާފަރުވިއެވެ. ދެންފަހެ ކާފަރު އެވީ جَماعَة ގެ މައްޗަށް إِيْمَان ވީ މީސްތަކުން ތިމަންރަސްކަލާނގެ ގަދަކުރައްވައި، تَأْيِيد ކުރެއްވީމެވެ. އަދި إِيْمَان ވީ މީސްތަކުން ވީ އެބައިމީހުންގެ عَدُوّ ންގެ މައްޗަށް ގަދަވެގެންވާ ބަޔަކު ކަމުގައެވެ.
Read Surah As-Saf in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.