MyDugsiStart learning

Surah Al-Qadr in Dhivehi: translation and audio

Surah 97 · القدر · The Power · 5 verses

Surah Al-Qadr verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Qadr word by word in English.

Verse 1

إِنَّآ أَنزَلْنَـٰهُ فِى لَيْلَةِ ٱلْقَدْرِ

Transliteration innā anzalnāhu fī laylati l-qadri

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ قُرْآن لَيْلَة القَدْرِ ވިލޭރޭ (މިންވަރުވެގެންވާރޭ) ގައި ބާވާތްލެއްވީމެވެ. (އެއީ لَوْحُ المَحْفُوظُ ން ދުނިޔޭގެ އުޑުގައިވާ بَيْتُ الْعِزَّة އަށް އެކީއެކަށް އެއްފަހަރާ ބާވާތްލެއްވުމެވެ. ދެން ތޭވީސް އަހަރުގެތެރޭގައި އެކިފަހަރުމަތިން رَسُولُ اللهِ ﷺ އަށް ބާވާތްލެއްވިއެވެ.)

Verse 2

وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ

Transliteration wamā adrāka mā laylatu l-qadri

Dhivehi އަދި لَيْلَة القَدْرِ ވިލޭރެއަނީ ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

Verse 3

لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ

Transliteration laylatu l-qadri khayrun min alfi shahrin

Dhivehi لَيْلَة القَدْرِ ވިލޭރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެކެވެ. (އެބަހީ އެރޭކުރާއަޅުކަން އެނޫން އެއްހާސް މައްސަރުގެ އަޅުކަމަށް ވުރެ ހެޔޮވެގެންވާ ވާހަކައެވެ.)

Verse 4

تَنَزَّلُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ

Transliteration tanazzalu l-malāikatu wal-rūḥu fīhā bi-idh'ni rabbihim min kulli amrin

Dhivehi މަލާއިކަތްބޭކަލުންނާއި جِبْرِيْلُ عَلَيْه السلام އެބޭކަލުންގެ رَبُّ ގެއިޒުނަފުޅަށް އަދި އެކަލާނގެ ކުރައްވާ ކޮންމެއަމުރުފުޅަކާއިގެން އެބޭކަލުން އެރޭ ފައިބާވަޑައިގަންނަވާހުއްޓެވެ.

Verse 5

سَلَـٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ

Transliteration salāmun hiya ḥattā maṭlaʿi l-fajri

Dhivehi ފަޖްރުލައްޖައުމަށްދާންދެން އެރޭވަނީ ހުރިހާ ނުބައަކުން ސަލާމަތްވެގެންނެވެ.

Read Surah Al-Qadr in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.