Surah Al-Ma'idah in Dhivehi: translation and audio
Surah 5 · المائدة · The Table Spread · 120 verses
Surah Al-Ma'idah verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Ma'idah word by word in English.
Verse 1
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَوْفُوا۟ بِٱلْعُقُودِ ۚ أُحِلَّتْ لَكُم بَهِيمَةُ ٱلْأَنْعَـٰمِ إِلَّا مَا يُتْلَىٰ عَلَيْكُمْ غَيْرَ مُحِلِّى ٱلصَّيْدِ وَأَنتُمْ حُرُمٌ ۗ إِنَّ ٱللَّهَ يَحْكُمُ مَا يُرِيدُ
Transliteration yāayyuhā alladhīna āmanū awfū bil-ʿuqūdi uḥillat lakum bahīmatu l-anʿāmi illā mā yut'lā ʿalaykum ghayra muḥillī l-ṣaydi wa-antum ḥurumun inna l-laha yaḥkumu mā yurīdu
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން عَهْدُ ތައް ފުއްދާށެވެ! (ﷲ فرض ކުރައްވާ تَكْلِيْف ކުރައްވާފައިވާ ކަންތަކާއި ނަހީކުރައްވާ މަނާކުރައްވާފައިވާ ކަންތައް ކަލޭމެން ބަރާބަރު ކުރާށެވެ! އަދި އެހެނިހެން މީހުންނާއިއެކު އެއްބަސްވެވިފައިވާ އެއްބަސްވުންތައްވެސް ހިންގާ ބަރާބަރު ކުރާށެވެ! فرض ކަންތައް فرض ގޮތަށެވެ. ނަހީވެސް ނަހީގޮތަށެވެ.) نَعَم ސޫފީގެތެރެއިން حرام އެއްޗެއްގެގޮތުން ކަލޭމެންނަށް އެންގެވިފައިވާ ތަކެތި މެނުވީ نَعَم ސޫފީގެ ބާވަތްތައް (ގެރިބަކަރި جمل) ކަލޭމެންނަށް حلال ކުރެވިއްޖެއެވެ. (حَجّ އަށް ނުވަތަ عُمْرة އަށް) إحرام ބަނދެގެންވާ حال ކަލޭމެން އެތަކެތީގެ ޝިކާރަ ނުކުރާ ބަޔަކުކަމުގައެވެ. (އެބަހީ إحرام ބަނދެގެންވާ حال މިއިން އެއްޗެއް ޝިކާރަކުރުން ހުއްދަވެގެން ނުވެއެވެ.) ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން حكم ކުރައްވައެވެ. • ދަންނައެވެ. المَائدة މިއީ ކާނާދޮލަނގެވެ. ކާތަކެތީން ތައްޔާރުވެފައިވާ ދޮލަނގެވެ. މިވާހަކަ މިސޫރަތުގެ 112 ވަނަ އާޔަތުން 115 ވަނަ އާޔަތާދެމެދު بيان ވެގެންވެއެވެ. • عُقُود އަކީ عُهُوْد އެވެ. عقد އާއި عَهْد އެއް މާނައެކެވެ. ﷲ أمر ފުޅުތަކާއި ނަހީތަކެވެ. • بَهِيْمَةُ = އަކީ نَعَم ސޫފީގެ ދަރިއެވެ. الأنعام އަކީ نَعَم ގެ جمع އެވެ. نَعَم ސޫތްޕަކީ ގެރިބަކަރި جمل އެވެ. ވީމާ بَهِيْمَة الأنعام އަކީ ގެރިބަކަރި جمل މިތަކެތީގެ ދަރިޔާ ހުރިހާ އެއްޗެކެވެ. ބަނޑުގައި އޮތް ދަރިވެސް ހިމެނޭނެއެވެ. والله أعلم.
Verse 2
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحِلُّوا۟ شَعَـٰٓئِرَ ٱللَّهِ وَلَا ٱلشَّهْرَ ٱلْحَرَامَ وَلَا ٱلْهَدْىَ وَلَا ٱلْقَلَـٰٓئِدَ وَلَآ ءَآمِّينَ ٱلْبَيْتَ ٱلْحَرَامَ يَبْتَغُونَ فَضْلًا مِّن رَّبِّهِمْ وَرِضْوَٰنًا ۚ وَإِذَا حَلَلْتُمْ فَٱصْطَادُوا۟ ۚ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ أَن صَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ أَن تَعْتَدُوا۟ ۘ وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
Transliteration yāayyuhā alladhīna āmanū lā tuḥillū shaʿāira l-lahi walā l-shahra l-ḥarāma walā l-hadya walā l-qalāida walā āmmīna l-bayta l-ḥarāma yabtaghūna faḍlan min rabbihim wariḍ'wānan wa-idhā ḥalaltum fa-iṣ'ṭādū walā yajrimannakum shanaānu qawmin an ṣaddūkum ʿani l-masjidi l-ḥarāmi an taʿtadū wataʿāwanū ʿalā l-biri wal-taqwā walā taʿāwanū ʿalā l-ith'mi wal-ʿud'wāni wa-ittaqū l-laha inna l-laha shadīdu l-ʿiqābi
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ ގެ شَعِيْرَة ތައް حلال ނުކުރާށެވެ! (އެބަހީ އެކަލާނގެ ކަނޑައަޅުއްވާފައިވާ مَعَالِم ތައް އެކަންކަމުގެ حرمة ކަނޑައި ހުއްދަކަމެއްކަމުގައި ނުހަދާށެވެ!) އެކަމެއް އެ އެންގެވިފަދައަކުން ކުރާށެވެ! އެއީ ﷲ ކަލޭމެންގެމައްޗަށް فرض ކުރައްވާ ކުރުން لاَزم ކުރައްވާފައިވާ ކަންކަމާއި ނަހީކުރައްވާ މަނާކުރެއްވި ކަންކަމެވެ. އޭގެތެރޭގައި އެންމެ އިސްކަމަކަށް حجّ ގެ އަޅުކަމާއި مكّة އާއި ދެންވެސް އެބާވަތުގެ އެންމެހައި ކަންތައްތައް ހިމެނޭކަމުގައި ގިނަمُفَسِّر ން ވިދާޅުވެއެވެ. އަދި حرمة ތެރިވެގެންވާ މައްސަރުތައްވެސް އޭގެ حرمة ކަނޑާ حلال ނުކުރާށެވެ! އަދި مكّة ގެ حَرَم ފުޅަށް ހަދިޔާގެގޮތުގައި ގެންދެވޭ هَدْى ތައް (ގެރިބަކަރި جَمَل) ވެސް އޭގެ حرمة ކަނޑައި حلال އެއްޗެތި ކަމުގައި ބަލައި ނުގަވާއިދުން އެތަކެއްޗަށް ގޯނާ ނުކުރާށެވެ! އޭގެތެރޭގައި ފާހަގަކުރުމުގެ ގޮތުން ކަރުގައި ގިލަފަތި އަޅުވާފައިވާ هَدْىُ ކަމުގައިވާ قَلِيْدَة ވެސްވެއެވެ. އެފަދަ ތަކެއްޗަށްވެސް ގޯނާ ނުކުރާށެވެ! އަދި ތިމާމެންގެ رَبُّ ގެ حضرة ން فَضْلَ ވަންތަކަމާއި ރުހިވޮޑިގަތުން އެދިގެން ގެފުޅަށް ޒިޔާރަތްކުރުމަށް އަންނަމީހުން ކަލޭމެން ހިފަހައްޓާ މަނާކޮށް ނުހަދާށެވެ! (ދަންނައެވެ! މި حكم ތައް تَنْفِيْذُ ކުރެވޭނީ ހަމައެކަނި مُسْلِم ންނާއިމެދުގައެވެ. مُشْرك ންނާއި ބެހޭ އެބާވަތުގެ އެންމެހައި حكم އެއް މިހާރު ވަނީ مَنْسُوخ ކުރެވިފައެވެ. مشرك އަކު مكّة ގެ حرم ގެތެރެއަށް ވަނުމަކީ މަނާ ކަމެކެވެ.) އަދި ކަލޭމެން (حَجُّ ން ނުވަތަ عُمْرَة އިން إحْرَام ކަނޑައި) حلال ވެގަތުމަށްފަހު ދެން ކަލޭމެން އެއްގަމު ޝިކާރަކުރާށެވެ! އެބަހީ އެއީ ހުއްދަ ކަމެކެވެ. އަދި ކަލޭމެން مَسْجِدُ الْحَرَام އަށް ދިޔަނުދީ ހިފަހައްޓާ މަނާކުރިކަމުގެ ސަބަބުން ބަޔަކުމީހުންގެ މައްޗަށް އައިސްފައިވާ ރުޅިވެރިކަމާއި ދެކޮޅުވެރިކަން އެއީ عَدَاوة ތެރިވެގަތުމުގެ ސަބަބެއްކަމުގައި އަދި އެކަން ހުއްދަވުން حقّ ވާކަމެއްގައި ކަލޭމެން ނުހަދާށެވެ! (މިއާޔަތުން މި އިޝާރަތްވަނީ صُلْحُ الْحُدَيْبِيّة ގެ ދުވަހު مسلم ން ގެފުޅަށް ދިއުން މަނާކުރި مشرك ންނަށް އޭގެފަހުން مسلم ންނަށް ބާރުލިބުނީމާ އޭގެބަދަލުގައި އެމީހުންގެމައްޗަށް عداوة ތެރި ނުވުމަށްވާ އިޝާރާތެކެވެ. އެއީ ﷲ ގެ ފުރިހަމަ حكمة ފުޅުގެތެރެއިން ހިންގަވާ ކަންކަމެވެ.) އަދި ހެޔޮކަންކަމާއި تقوى ވެރިވެވޭ ކަންކަމުގައި ކަލޭމެން އެއްބަޔަކު އަނެއްބަޔަކާއި އެހީވެ ވާގިވެރިވާށެވެ! އަދި ފާފަވެރިވެވޭ ކަންކަމާއި ދެކޮޅުވެރިވެވޭ ކަންކަމުގައި ކަލޭމެން އެއްބަޔަކު އަނެއްބަޔަކާއި ވާގިވެރިވެ އެހީނުވާށެވެ! އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! ﷲ އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ عقوبة ގަދަފަދަވެގެންވާ ކަލާނގެއެވެ.
Verse 3
حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَحْمُ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسْتَقْسِمُوا۟ بِٱلْأَزْلَـٰمِ ۚ ذَٰلِكُمْ فِسْقٌ ۗ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُوا۟ مِن دِينِكُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِ ۚ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا ۚ فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Transliteration ḥurrimat ʿalaykumu l-maytatu wal-damu walaḥmu l-khinzīri wamā uhilla lighayri l-lahi bihi wal-mun'khaniqatu wal-mawqūdhatu wal-mutaradiyatu wal-naṭīḥatu wamā akala l-sabuʿu illā mā dhakkaytum wamā dhubiḥa ʿalā l-nuṣubi wa-an tastaqsimū bil-azlāmi dhālikum fis'qun l-yawma ya-isa alladhīna kafarū min dīnikum falā takhshawhum wa-ikh'shawni l-yawma akmaltu lakum dīnakum wa-atmamtu ʿalaykum niʿ'matī waraḍītu lakumu l-is'lāma dīnan famani uḍ'ṭurra fī makhmaṣatin ghayra mutajānifin li-ith'min fa-inna l-laha ghafūrun raḥīmun
Dhivehi (އޭ مؤمن ންނޭވެ!) މުޅަތަކެއްޗާއި ލެޔާއި އޫރުމަހާއި އަދިމަސްކެއުން ޙަލާލު ޖަނަވާރުގެތެރެއިންވެސް އެ އެއްޗެއް ﷲ ނޫން ފަރާތަކަށް ކަތިލެވުނު ކޮންމެ އެއްޗަކާއި (އެބަހީ އޭގެމަހާއި) އަދި ނޭވައި ހިފެހެއްޓިގެން މަރުވި ކޮންމެ އެއްޗަކާއި (އެއީ ތާކު ބޯތާށިވެގެންނަމަވެސް ނުވަތަ ކަރުގައި އެއްޗެއް ބަނދެވި ދަންޖެހުންފަދަ ގޮތަކުން ނަމަވެސް) - އަދި އެއްޗަކުން ޖަހައި މަރައިލި ކޮންމެއެއްޗަކާއި އަދި މަތީތާކުން ވެއްޓިމަރުވާ ކޮންމެ އެއްޗަކާއި އަދި އެހެން ޖަނަވާރެއްގެ ދަޅުން ޖަހައިގެން މަރުވި ކޮންމެ އެއްޗަކާއި އަދި (ޝިކާރަކުރަން ދަސްކޮށްދީފައިވާ ޖަނަވާރެއް ފިޔަވައި) އެހެން މިނިކާ ޖަނަވާރެއް އެއްބައި ކައިފައިވާ ކޮންމެ އެއްޗަކާއި މިހުރިހާ ތަކެތި އެ އެއްޗެއް ފުރާނަހުއްޓާ ލިބި شرعى ހަމަތަކުގެ މަތީން ކަލޭމެން ކަތިލި އެއްޗެއްމެނުވީ ކަލޭމެންގެ މައްޗަށް އެތަކެތި ކެއުން حرام ކުރެވިއްޖެއެވެ. އެބަހީ ﷲ އެތަކެތި حرام ކުރައްވައިފިއެވެ. އަދި نُصُبُ ތަކުގެ މައްޗަށް ކަތިލެވުނު ކޮންމެ އެއްޗެއްވެސް حرام ވެވިގެންވެއެވެ. (نُصُب އަކީ جاهليّة ޒަމާނުގައި مكّة ގެ އެތަންމިތާނގައި ބަހައްޓާފައިވާ ހިލަގަނޑުގަނޑެވެ. އެއީ ވަކިމީހެއްގެ ނުވަތަ އެއްޗެއްގެ صورة ނުކުރެވި ހުންނަ ހިލަގަނޑުގަނޑެވެ. އޭގެމަތީގައި އެހެނިހެން ޖަނަވާރު ކަތިލެވި ލެއި އޮހޮރުވޭ ތަކެއްޗެވެ. އަދި ދަންނައެވެ! نُصُب އަކީ جاهليّة ޒަމާނުގައި مكّة ގެ އެތަންމިތާނގައި ބަހައްޓާފައިވާ ހިލަގަނޑުގަނޑެވެ. މިހާރުވެސް އެމާނައިގާބެހެއްޓިފައިވާތަކެއްޗަކީ ހަމަ نُصُب އެވެ. އަދި ކޮންމެތާކު ހުރިނަމަވެސްމެއެވެ.) އެކަން مشرك ން ކުރަނީ އެއަށް މާތްކޮށް ހިތާ އަޅުކަން ކުރުމުގެ ގޮތުންނެވެ. އަދި ކަލޭމެންގެ ނަސީބުހުރިގޮތެއް ބެލުމަށް ނުވަތަ ކުރަން އުޅޭކަމުގެ ހެޔޮނުބައި ބެލުމަށް ބުދުކައިރިއަށްގޮސް (އަދި ނުގޮސްނަމަވެސް) ދުނިތަކުން ފާލުބެލުމާއި މިކަންވެސް حرام ވެގެންވެއެވެ. މިބަޔާންވެދިޔަ އެންމެހައި ކަންތަކަކީ ފާސިދު ކަންކަމެވެ. އެބަހީ އެއިން ކަމެއްކޮށް އެއިން އެއްޗެއް އެންގެވިފަދައިން ނޫނީ ބޭނުންކޮށްހެދުމީ ފާސިދުކަމެކެވެ. ﷲ ގެ ކިޔަމަނުން ނުކުތުމެކެވެ. އުރެދުމެކެވެ. އަދި މިއަދު (އެބަހީ حَجَّةُ الوَدَاعُ ގައި عَرَفَة ދުވަހު) ކަލޭމެންގެ ދީނާއިމެދު ކާފަރުން މުޅިން ނާ أمّيد ވެ މާޔޫސްވެއްޖެއެވެ. (އެބަހީ ކަލޭމެން އިސްލާމްދީން ދޫކޮށް އަލުން غَيردين އަށް ވަނުމާމެދު އެމީހުން ނާ أمّيد ވެއްޖެއެވެ. ބުނެވެނީ އެދުވަހު عرفة ގެ ބިމުގައި އެއްވެސް ކާފަރަކު އަދި مشرك އަކު ނުވާކަމުގައެވެ.) ފަހެ ކަލޭމެން އެމީހުންދެކެ ބިރުނުގަންނާށެވެ! އަދި ތިމަންރަސްކަލާނގެއަށް އެކަނި ބިރުވެތިވާށެވެ! އަދި މިއަދު ތިމަންރަސްކަލާނގެ ކަލޭމެންނަށް ކަލޭމެންގެ دين ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭމެންގެމައްޗަށް ތިމަންރަސްކަލާނގެ نعمة ފުރިހަމަކޮށް ބަރާބަރުކޮށްދެއްވައިފީމެވެ. (އެއީ ކަލޭމެންގެ ރަށުން مشرك ން ނެތިދިއުމާއި އެމީހުން ކަލޭމެންގެމައްޗަށް އަރައިގަތުންނެތުމާއި ކަލޭމެންގެ دين އާއިމެދު އެމީހުން ނާ أمّيد ވުމެވެ.) އަދި إسلام دين އެއީ ކަލޭމެންގެ دين ކަމުގައި (އެބަހީ محمّد ﷺ އަށް ބާވައިލެއްވި إسلام دين އެއީ ކަލޭމެންގެ دين ކަމުގައި) ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ. އެއިން މުރާދުކުރެވެނީ ﷲ އަށް ކިޔަމަންތެރިވުން އެއީ إسلام ންގެ دينކަމުގައެވެ. ދެންފަހެ އިސްވެދިޔަ حرام ތަކެތީގެ ތެރެއިންވެސް މީހަކު ބަނޑުހައިހޫނުކަން ގަދަވެ ކާނެ ބޯނެ އެއްޗެއްނެތި ގޮތްހުސްވެ އެއިން އެއްޗަކުން ބޭނުންކުރުން مَجْبُور ވެއްޖެމީހާ ޢަދާވާތްތެރިކަމެއްނެތި ފާފަވެރިވުމުގެ ފަރާތަށް ލެނބުމެއްނެތި (އެބަހީ ހަމަކެއުމުގެ قصد އެއްނެތި) އެއިން އެތިކޮޅެއް (ފުދިލާވަރަށް) ބޭނުންކުރުމަކުން (އޭނާގެމައްޗަކަށް ކުށެއްނެތެވެ.) ފަހެ ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 4
يَسْـَٔلُونَكَ مَاذَآ أُحِلَّ لَهُمْ ۖ قُلْ أُحِلَّ لَكُمُ ٱلطَّيِّبَـٰتُ ۙ وَمَا عَلَّمْتُم مِّنَ ٱلْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ ٱللَّهُ ۖ فَكُلُوا۟ مِمَّآ أَمْسَكْنَ عَلَيْكُمْ وَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهِ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
Transliteration yasalūnaka mādhā uḥilla lahum qul uḥilla lakumu l-ṭayibātu wamā ʿallamtum mina l-jawāriḥi mukallibīna tuʿallimūnahunna mimmā ʿallamakumu l-lahu fakulū mimmā amsakna ʿalaykum wa-udh'kurū is'ma l-lahi ʿalayhi wa-ittaqū l-laha inna l-laha sarīʿu l-ḥisābi
Dhivehi (އޭ رسول ﷲ އެވެ!) އެމީހުން يعني مؤمن ންގެމީހުން އެމީހުން ކައިއުޅޭ މަހުގެތެރެއިން އެބަހީ އެއްގަމު މަހުގެތެރެއިން އެމީހުންނަށް حلال ވެގެންވަނީ ކޮންއެއްޗެއްތޯ އެމީހުން ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަށް حلال ވެގެންވަނީ ރަނގަޅު حلال ތަކެއްޗެވެ. شريعة ހުއްދަކުރާ ތަކެއްޗެވެ. އަދި ޝިކާރަކުރުމަށް ކަލޭމެން އެތަކެއްޗަށް ދަސްކޮށްދީފައިވާ ޝިކާރަކުރާ ޖަނަވާރު ކަލޭމެންނަށް ޝިކާރަކޮށްދީގެން ގެނައި މަސްކެއުން حلال ކޮންމެއެއްޗެކެވެ. އެއީ ﷲ ކަލޭމެންނަށް އުގަންނައިދެއްވި ތަކެތީގެތެރެއިން އެތަކެއްޗަށް ކަލޭމެން އުގަންނައިދީ ތަމްރީނުކޮށްދީފައިވާ ކުއްތާޔާ ދެންވެސް އެބާވަތުގެ ޖަނަވާރާ އަދި ދޫންޏެވެ. ފަހެ އެސޮރުމެން ކަލޭމެންނަށްޓަކައި ޝިކާރަކޮށްދީފައިވާ ޝިކާރައެއްވިއްޔާ ކަލޭމެން އެއިން ކާށެވެ. އަދި އެއަށް ﷲ ގެ ނަންފުޅު ކިޔާށެވެ. (އެބަހީ ޝިކާރަކުރާ އެތި ޝިކާރަގެންނައިރު ފުރާނަހުރިކަމުގައިވަންޏާ قواعد ން بسم ކިޔައި شريعة ގައި ކަނޑައެޅިފައިވާފަދައަކުން ކަތިލާށެވެ!) އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! (އެކަލާނގެ حكم ތަކާއިމެދު ފަރުވާތެރިވާށެވެ! އެއިން حكم އަކަށް ފަރުވާކުޑަކުރެވިދާނެކަމަށް ބިރުވެތިވާށެވެ! ހަމަކަށަވަރުން ﷲ އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.)
Verse 5
ٱلْيَوْمَ أُحِلَّ لَكُمُ ٱلطَّيِّبَـٰتُ ۖ وَطَعَامُ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ ۖ وَٱلْمُحْصَنَـٰتُ مِنَ ٱلْمُؤْمِنَـٰتِ وَٱلْمُحْصَنَـٰتُ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ إِذَآ ءَاتَيْتُمُوهُنَّ أُجُورَهُنَّ مُحْصِنِينَ غَيْرَ مُسَـٰفِحِينَ وَلَا مُتَّخِذِىٓ أَخْدَانٍ ۗ وَمَن يَكْفُرْ بِٱلْإِيمَـٰنِ فَقَدْ حَبِطَ عَمَلُهُۥ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَـٰسِرِينَ
Transliteration al-yawma uḥilla lakumu l-ṭayibātu waṭaʿāmu alladhīna ūtū l-kitāba ḥillun lakum waṭaʿāmukum ḥillun lahum wal-muḥ'ṣanātu mina l-mu'mināti wal-muḥ'ṣanātu mina alladhīna ūtū l-kitāba min qablikum idhā ātaytumūhunna ujūrahunna muḥ'ṣinīna ghayra musāfiḥīna walā muttakhidhī akhdānin waman yakfur bil-īmāni faqad ḥabiṭa ʿamaluhu wahuwa fī l-ākhirati mina l-khāsirīna
Dhivehi މިއަދު ކަލޭމެންނަށް ރަނގަޅު حلال ތަކެތި حلال ކުރެވިއްޖެއެވެ. އަދި ފޮތްދެއްވުނުމީހުންގެ އެބަހީ يهودي ންނާއި نصارى އިންގެ ކާނާވެސް އެބަހީ އެމީހުން ކަތިލާ (މަސްކެއުން حلال ޖަނަވާރުގެ) މަސްވެސް ކަލޭމެންނަށް حلال އެވެ. އަދި ކަލޭމެންގެ ކާނާ އެބަހީ ކަލޭމެން ކަތިލާ ތަކެތީގެ މަސް އެމީހުންނަށް ހުއްދައެވެ. އަދި مؤمن އަންހެނުންކުރެ މިނިވަން عفّة ތެރި އަންހެނުން ކަލޭމެންނަށް حلال ވެގެންވެއެވެ. (ކަލޭމެން އިންނަން ހުއްދައެވެ.) އަދި ކަލޭމެންގެ ކުރިން ފޮތްދެއްވުނު މީހުންގެތެރެއިން އެބަހީ يهودي ންނާއި نصارى އިންގެ ތެރެއިންވެސް މިނިވަން عفّة ތެރި އަންހެނުން ކަލޭމެނަށް حلال އެވެ. އެބަހީ ކާވެނިކުރުން ހުއްދައެވެ. އެއީ އެކަނބަލުންނަށް އެކަނބަލުންގެ أجُور ދީފިއްޔާއެވެ. ކާވެނި ރަން އަދާކޮށްފިއްޔާއެވެ. އަދި ކަލޭމެން ފިރިހެނުންވެސް عفّة ތެރިވެގެންވާ حال ގައެވެ. އަދި ޒިނޭ ނުކުރާ އަދި ޒިނޭކޮށް ވިޔާނުދާ ކަންތައްކުރާ އަންހެންކުދިންވެސް ނުގެންގުޅޭ މީހުންކަމުގައެވެ. އަދި އީމާންކަން ފިޔަވައި ކާފަރުވާ މީހާ ދަންނައެވެ! ފަހެ އޭނާގެ ހެޔޮ عمل باطل ވެއްޖެއެވެ. އަދި آخرة ދުވަހުން އޭނާ ވާނީ ގެއްލި ހަލާކުވެގެންވާ މީހަކުކަމުގައެވެ. ގެއްލި ހަލާކުވާ މީހުންގެތެރެއިންނެވެ. * ދަންނައެވެ. އިސްވެދިޔަ އާޔަތުގައްޔާއި އަދި ކުރީގެ ދެއާޔަތުގައިވެސް مفسّر ންގެ މެދުގައި ދެބަސްވުން ހުރިކަމުގެ ވާހަކަ ދަންނަވަމެވެ. އަދި އެ حكم ތަކުގެ تفصيل ތައްވެއެވެ. މިލިއުމަކީ އެއަށްވުރެ ކުރު ލިއުމެކެވެ.
Verse 6
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَٱطَّهَّرُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَـٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ ٱللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ
Transliteration yāayyuhā alladhīna āmanū idhā qum'tum ilā l-ṣalati fa-igh'silū wujūhakum wa-aydiyakum ilā l-marāfiqi wa-im'saḥū biruūsikum wa-arjulakum ilā l-kaʿbayni wa-in kuntum junuban fa-iṭṭahharū wa-in kuntum marḍā aw ʿalā safarin aw jāa aḥadun minkum mina l-ghāiṭi aw lāmastumu l-nisāa falam tajidū māan fatayammamū ṣaʿīdan ṭayyiban fa-im'saḥū biwujūhikum wa-aydīkum min'hu mā yurīdu l-lahu liyajʿala ʿalaykum min ḥarajin walākin yurīdu liyuṭahhirakum waliyutimma niʿ'matahu ʿalaykum laʿallakum tashkurūna
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ނަމާދަށް ތެދުވަންޏާ (އެބަހީ ނަމާދުކުރަން قصد ކޮށް ނަމާދުކުރަން ފެށުމުގެކުރިން) ފަހެ ކަލޭމެންގެ މޫނުތައް ދޮންނާށެވެ! އަދި އުޅަބޮށިކައްޓާއެކު ކަލޭމެންގެ އަތްތައްވެސް ދޮންނާށެވެ! އަދި ކަލޭމެންގެ ބޯތަކުގައި ފެން ފުހޭށެވެ! އަދި ދެތަނބިކައްޓާއެކު ދެފައި ދޮންނާށެވެ! އަދި حُنُبُ ވެރިންކަމުގައި ކަލޭމެންވެއްޖެއްޔާ ފަހެ ކަލޭމެން (ރަނގަޅަށް ހިނައި) طاهر ވެގަންނާށެވެ! އަދި ކަލޭމެން ބަލިމީހުންކަމުގައިވަންޏާ ނުވަތަ ދަތުރެއްގެމަތީގައިވަންޏާ ނުވަތަ ކަލޭމެންކުރެ މީހަކު ފާޚާނާކޮށްފިއްޔާ ނުވަތަ ކަލޭމެން އަންހެނުންގައި ބީހިއްޖެއްޔާ (އެބަހީ جِمَاعُ ވެއްޖެއްޔާ) (ދެން މިކަންކަމަށްފަހު) ފެން ނުލިބިއްޖެއްޔާ ނުވަތަ ފެނުން إستعمال ކުރެވޭގޮތް ނުވެއްޖެއްޔާ ދެން طاهر ރަނގަޅު ވެލިން تَيَمَّمُ ކުރާށެވެ! ފަހެ ކަލޭމެންގެ މޫނުތަކާއި އަތްތަކުގައި އެވެލިން ފުހޭށެވެ! ﷲ تعالى ކަލޭމެނަށް އެއްވެސް އުނދަގުލެއް ދައްޗެއް ޖެއްސެވުމަށް އެދިވޮޑި ނުގަންނަވައެވެ. އަދި އެހެނެއްކަމަކު އެކަލާނގެ އެދިވޮޑިގަންނަވަނީ ކަލޭމެން طاهر ކުރައްވައި އަދި އެކަލާނގެ نعمة ކަލޭމެންގެ މައްޗަށް ފުރިހަމަކުރެއްވުމަށެވެ. އެއީ ކަލޭމެން (އެކަލާނގެއަށް) شكر ކުރުމަށްޓަކައެވެ. މިއާޔަތުގައި بيان ވެގެންމިވަނީ وضوء ކުރުމާއި ތަޔައްމަމު ކުރުމުގެ إجمالى ގޮތެވެ. އޭގެ تفصيل سنّة ގައި بيان ވެއެވެ.
Verse 7
وَٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ وَمِيثَـٰقَهُ ٱلَّذِى وَاثَقَكُم بِهِۦٓ إِذْ قُلْتُمْ سَمِعْنَا وَأَطَعْنَا ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ
Transliteration wa-udh'kurū niʿ'mata l-lahi ʿalaykum wamīthāqahu alladhī wāthaqakum bihi idh qul'tum samiʿ'nā wa-aṭaʿnā wa-ittaqū l-laha inna l-laha ʿalīmun bidhāti l-ṣudūri
Dhivehi (އޭ مؤمن ންނޭވެ!) ކަލޭމެންގެމައްޗަށް ﷲ ލެއްވި نعمة ކަލޭމެން ހަނދާންކުރާށެވެ! (އެއީ إسلام دين ގެ هداية ގެ نعمة އެވެ.....) އަދި އެކަލާނގެ ކަލޭމެންގެ ކިބައިން އެހިއްޕެވި عهد ކަށަވަރުވެސް ހަނދާންކުރާށެވެ! އެއީ އަހުރެމެން އަހައިފީމެވެ. އަދި އަހުރެމެން ކިޔަމަންތެރިވެއްޖައީމެވެ. މިހެންބުނި ހިނދުންނެވެ. (އެއީ رسول ﷲ ﷺ ގެ أصحاب ބޭކަލުން އެކަލޭގެފާނަށް بيعة ހިއްޕެވި ހިނދުގައެވެ. ﷲ އާއި އެކަލާނގެ رسول އާ ކުރައްވާ ކޮންމެ أمر ފުޅަކަށް ފަސޭހަޔާ އުނދަގުލުގައިވެސް އަހައި ކިޔަމަންތެރިވުމަށް އެބޭކަލުން ގަންނަވައި عهد ކުރެއްވިހިނދުގައެވެ.)\nއަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! ހަމަކަށަވަރުން ހިތްތަކުގެ އަޑީގައި ފޮރުވި ވަންހަނާވެގެންވާ ތަކެތިވެސް ﷲ ދެނެވޮޑިގެންވެއެވެ.
Verse 8
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ لِلَّهِ شُهَدَآءَ بِٱلْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُوا۟ ۚ ٱعْدِلُوا۟ هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ
Transliteration yāayyuhā alladhīna āmanū kūnū qawwāmīna lillahi shuhadāa bil-qis'ṭi walā yajrimannakum shanaānu qawmin ʿalā allā taʿdilū iʿ'dilū huwa aqrabu lilttaqwā wa-ittaqū l-laha inna l-laha khabīrun bimā taʿmalūna
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށްޓަކައި (عدل ވެރިކަން) قائم ކުރާބަޔަކުކަމުގައި ކަލޭމެން ވާށެވެ! عدل ވެރިކަމަށް ހެކިދޭބަޔަކުކަމުގައިވާށެވެ! އަދި ބަޔަކުމީހުންނަށް އައިސްފައިވާ ރުޅިވެރިކަން އެއީ عَدْلُ ވެރިނުވުމުގެ މައްޗަށްވާ حقّ ކަމެއްކަމުގައި ކަލޭމެން ނުހަދާށެވެ! އެކަމުގެ ސަބަބެއްކަމުގައި ކަލޭމެން ހަދައިނުގަންނާށެވެ! އަދި ކަލޭމެން عدل ވެރިވާށެވެ!އެކަން ތަޤްވާވެރިވުމާއިގާތެވެ. އަދިކަލޭމެން ހަމަކަށަވަރުން ކަލޭމެން ކުރާކަންތައްތަކުގެ خبر ﷲ ދެނެވޮޑިގެންވެއެވެ. އެކަމުގެ خبر އެކަލާނގެ ދެއްވާނެއެވެ.
Verse 9
وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۙ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ
Transliteration waʿada l-lahu alladhīna āmanū waʿamilū l-ṣāliḥāti lahum maghfiratun wa-ajrun ʿaẓīmun
Dhivehi އަދި އީމާންވެގެން صالح عمل ކުރިމީހުންނަށް ފާފަފުއްސެވުމާއި އަދި ބޮޑުވެގެންވާ ދަރުމަހުރިކަމަށް (ފާފަފުއްސެވުމާއި ދަރުމަދެއްވާނެކަމަށް) ﷲ وعد ކުރެއްވިއެވެ.
Verse 10
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ
Transliteration wa-alladhīna kafarū wakadhabū biāyātinā ulāika aṣḥābu l-jaḥīmi
Dhivehi އަދި އެބަޔަކު ކާފަރުވެ އަދި އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން (ދަންނާށެވެ!) އެމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ.
Verse 11
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ هَمَّ قَوْمٌ أَن يَبْسُطُوٓا۟ إِلَيْكُمْ أَيْدِيَهُمْ فَكَفَّ أَيْدِيَهُمْ عَنكُمْ ۖ وَٱتَّقُوا۟ ٱللَّهَ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
Transliteration yāayyuhā alladhīna āmanū udh'kurū niʿ'mata l-lahi ʿalaykum idh hamma qawmun an yabsuṭū ilaykum aydiyahum fakaffa aydiyahum ʿankum wa-ittaqū l-laha waʿalā l-lahi falyatawakkali l-mu'minūna
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންނަށް ﷲ ދެއްވި نعمة ކަލޭމެން ހަނދާންކުރާށެވެ! އެއީ ބަޔަކުމީހުން އެމީހުންގެ އަތްތައް ކަލޭމެނާ ދިމާއަށް ފެތުރުމަށް قَصْدُ ކުރިހިނދުންނެވެ. ފަހެ ﷲ تعالى އެމީހުންގެ އަތްތައް ކަލޭމެންގެ ކިބައިން ހުއްޓުވާ މަނާކުރެއްވިއެވެ. އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! ފަހެ مؤمن ން ﷲ އަށް وكيل ކުރާހުށިކަމެވެ. ދަންނައެވެ! މިއާޔަތުން މި إشارة ކުރައްވަނީ مدينة ގައިތިބި يهودي ންގެ بَنُوالنَّضِيْر ގެ މީހުން رسول ﷲ ﷺ އަވަހާރަކޮށްލަން ރޭވި ރޭވުމަކުން ﷲ تعالى އެކަލޭގެފާނު ސަލާމަތްކުރެއްވި ވާހަކައަށެވެ. އެކަލޭގެފާނާ އެމީހުންނާއި ދެމެދު ކުރެވިފައިވާ އެގްރިމެންޓާ އެމީހުން خلاف ވެ خيانة ތެރިވުމުގެ ސަބަބުން އެމީހުން مدينة އިން ނެރެ އެހެންތަންތަނަށް އަރުވައިލައްވައި އެމީހުންގެމުދާ އެކަލޭގެފާނަށާއި مؤمن ންނަށް فَيْىءُ މުދަލުގެގޮތުގައި ﷲ ދެއްވީއެވެ. އެވާހަކަ حَشْرُ ސޫރަތުގައި ފުރިހަމައަށް بيان ވެގެންވެއެވެ. އަދި އެހެން ސަބަބުވެސް މިއާޔަތާމެދުވެއެވެ. والله أعلم.
Verse 12
۞ وَلَقَدْ أَخَذَ ٱللَّهُ مِيثَـٰقَ بَنِىٓ إِسْرَٰٓءِيلَ وَبَعَثْنَا مِنْهُمُ ٱثْنَىْ عَشَرَ نَقِيبًا ۖ وَقَالَ ٱللَّهُ إِنِّى مَعَكُمْ ۖ لَئِنْ أَقَمْتُمُ ٱلصَّلَوٰةَ وَءَاتَيْتُمُ ٱلزَّكَوٰةَ وَءَامَنتُم بِرُسُلِى وَعَزَّرْتُمُوهُمْ وَأَقْرَضْتُمُ ٱللَّهَ قَرْضًا حَسَنًا لَّأُكَفِّرَنَّ عَنكُمْ سَيِّـَٔاتِكُمْ وَلَأُدْخِلَنَّكُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ فَمَن كَفَرَ بَعْدَ ذَٰلِكَ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ
Transliteration walaqad akhadha l-lahu mīthāqa banī is'rāīla wabaʿathnā min'humu ith'nay ʿashara naqīban waqāla l-lahu innī maʿakum la-in aqamtumu l-ṣalata waātaytumu l-zakata waāmantum birusulī waʿazzartumūhum wa-aqraḍtumu l-laha qarḍan ḥasanan la-ukaffiranna ʿankum sayyiātikum wala-ud'khilannakum jannātin tajrī min taḥtihā l-anhāru faman kafara baʿda dhālika minkum faqad ḍalla sawāa l-sabīli
Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ بَنِي إِسْرائيل ން ގެފަރާތުން عهد ކަށަވަރު ހިއްޕެވީމެވެ. (އެމީހުންގެ ކިބައިން އެކަލާނގެ ހިތްޕެވި عهد ކަށަވަރަކީ އެމީހުން އެކަލާނގެއަށް إخلاص ތެރިވުމަށާއި އަދި އެކަލާނގެ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށެވެ.) އަދި އެމީހުންގެތެރެއިން ބާރަ ސަރުދާރުން / ބާރަވެރިން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އަދި އެކަލާނގެ (موسى عليه السّلام) ގެ ދޫފުޅުން އެމީހުންނަށް އެންގެވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެންނާ އެކު ވޮޑިގެންވަމެވެ. އެއީ ކަލޭމެން ނަމާދު قائم ކޮށް އަދި ޒަކާތްދީ އަދި ކަލޭމެން ތިމަންރަސްކަލާނގެ رسول ންނަށް އީމާންވެ (އެމީހުން ތެދުކޮށް) އަދި ކަލޭމެން އެ رسول ންނަށް (عملى ގޮތުން) نصر ދީ އަދި ކަލޭމެން ރަނގަޅުގޮތުގައި ﷲ އަށް ދަރަނިދީ (އެބަހީ ﷲ ގެ މަގުގައި ރަނގަޅު ހޭދަކޮށް) ހަދައި (މިބަޔާންވެދިޔަ އެންމެހައި ކަންތައްތައް ކަލޭމެންކުރާ) ކަމުގައިވަންޏާ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެންގެ ކިބައިން ކަލޭމެންގެ ނުބައި ކަންތައްތައް ފުއްސަވާ ފިލުއްވާހުށީމެވެ. އަދި އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގާއޮންނަ ބަގީޗާތަކަކަށް (ސުވަރުގެތަކަށް) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭމެން ވައްދަވާހުށީމެވެ. ފަހެ ކަލޭމެންކުރެ އެއަށްފަހު (އެބަހީ عهد ކަށަވަރަށްފަހު) ކާފަރުވެއްޖެމީހާ (ދަންނައެވެ!) ފަހެ ހަމަކަށަވަރުން އެމީހާ ސީދާމަގުން ކަހައިލާ މަގުފުރެދިއްޖެއެވެ.
Verse 13
فَبِمَا نَقْضِهِم مِّيثَـٰقَهُمْ لَعَنَّـٰهُمْ وَجَعَلْنَا قُلُوبَهُمْ قَـٰسِيَةً ۖ يُحَرِّفُونَ ٱلْكَلِمَ عَن مَّوَاضِعِهِۦ ۙ وَنَسُوا۟ حَظًّا مِّمَّا ذُكِّرُوا۟ بِهِۦ ۚ وَلَا تَزَالُ تَطَّلِعُ عَلَىٰ خَآئِنَةٍ مِّنْهُمْ إِلَّا قَلِيلًا مِّنْهُمْ ۖ فَٱعْفُ عَنْهُمْ وَٱصْفَحْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ
Transliteration fabimā naqḍihim mīthāqahum laʿannāhum wajaʿalnā qulūbahum qāsiyatan yuḥarrifūna l-kalima ʿan mawāḍiʿihi wanasū ḥaẓẓan mimmā dhukkirū bihi walā tazālu taṭṭaliʿu ʿalā khāinatin min'hum illā qalīlan min'hum fa-uʿ'fu ʿanhum wa-iṣ'faḥ inna l-laha yuḥibbu l-muḥ'sinīna
Dhivehi ފަހެ އެމީހުން އެމީހުންގެ عهد އުވައިލުމުގެސަބަބުން ތިމަންރަސްކަލާނގެ އެމީހުންނަށް لعنة ލެއްވީމެވެ. އަދި އެމީހުންގެ ހިތްތައް ހަރުކަށި އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. (އެއްވެސްގޮތަކުން ﷲ ގެ އުރެދުމަށް އަރައިގަތުމަށް ކުޑަވެސް ބިރެއް ނުގަންނަފަދައިން ލެއްވީމެވެ.) އެމީހުންނަށް ބާވައިލެއްވިފޮތުގެ كلمة ތައްވެސް އޭގެތަނުން ބަދަލުކޮށް (وحي ގެ ކީރިތި ބަސްފުޅާ ކުޅޭބަޔަކުކަމުގައި އެމީހުން) ވިއެވެ. އަދި އެމީހުންނަށް ذِكر ކުރެވުނު އެބަހީ ހަނދާންކޮށްދެވުނު އެތައްކަމެއް (އެމީހުންގެ دين ގެ أصل ކަމުގައިވާ އެތައްކަމެއް) އެމީހުން ހަނދާންނައްތާލައިފިއެވެ. (އަދި އޭ رسول ﷲ އެވެ!) އެމީހުންގެތެރެއިން މަދުބަޔަކުގެ ކިބައިން މެނުވީ خيانة ތެރިކަން ކަލޭގެފާނަށް ފެނިވަޑައިގަތުމުން ފިލާނުދާނެއެވެ. ފަހެ ކަލޭގެފާނު އެމީހުންނަށް عفو ކުރައްވާ معاف ކުރައްވާށެވެ! ހަމަކަށަވަރުން إحسان ތެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
Verse 14
وَمِنَ ٱلَّذِينَ قَالُوٓا۟ إِنَّا نَصَـٰرَىٰٓ أَخَذْنَا مِيثَـٰقَهُمْ فَنَسُوا۟ حَظًّا مِّمَّا ذُكِّرُوا۟ بِهِۦ فَأَغْرَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۚ وَسَوْفَ يُنَبِّئُهُمُ ٱللَّهُ بِمَا كَانُوا۟ يَصْنَعُونَ
Transliteration wamina alladhīna qālū innā naṣārā akhadhnā mīthāqahum fanasū ḥaẓẓan mimmā dhukkirū bihi fa-aghraynā baynahumu l-ʿadāwata wal-baghḍāa ilā yawmi l-qiyāmati wasawfa yunabbi-uhumu l-lahu bimā kānū yaṣnaʿūna
Dhivehi އަދި ތިމަންނާމެންނީ نصارى އިންނޭ ބުނިމީހުންގެ ކިބައިންވެސް ތިމަންރަސްކަލާނގެ އެމީހުންގެ مِيْثَاقُ ހިއްޕެވީމެވެ. އަދި އެކަންކަމުން އެމީހުންނަށް ހަނދާންކޮށްދެވުނު ކަންކަމުގެތެރެއިން އެތައްކަމެއް (އެބަހީ ދީނުގެ ފަރާތުން ކުރަން އެންގުނު އެތައްކަމެއް) އެމީހުން ހަނދާންނައްތާލައިފިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ މެދުގައި (އެބަހީ يهودي ންނާއި نصارى އިންގެމެދުގައި / ނުވަތަ ހުސް نصارى އިންގެ فِرْقَة ތަކުގެ މެދުގައި / ނުވަތަ مؤمن ންނާއި ކާފަރުންނާއިމެދުގައި) عداوة ތެރިކަމާއި ރުޅިވެރިކަން قيامة ދުވަހަށްދާންދެން ތަތްކުރެއްވީމެވެ. (އެއީ ދެ އެއްޗެއް އެއްކުރަން ތެރަސްލާގޮތަށެވެ.) އަދި އެމީހުން ކުރަމުންދާކަމުގައިވީ ކަންތަކުގެ خبر ނިކަންހުރެ ﷲ تعالى އެމީހުންނަށް ދެއްވާނެއެވެ.
Verse 15
يَـٰٓأَهْلَ ٱلْكِتَـٰبِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِّمَّا كُنتُمْ تُخْفُونَ مِنَ ٱلْكِتَـٰبِ وَيَعْفُوا۟ عَن كَثِيرٍ ۚ قَدْ جَآءَكُم مِّنَ ٱللَّهِ نُورٌ وَكِتَـٰبٌ مُّبِينٌ
Transliteration yāahla l-kitābi qad jāakum rasūlunā yubayyinu lakum kathīran mimmā kuntum tukh'fūna mina l-kitābi wayaʿfū ʿan kathīrin qad jāakum mina l-lahi nūrun wakitābun mubīnun
Dhivehi އޭ أهل كتاب ންނޭވެ! (އޭ يهودي ންނާއި نصارى އިންނޭވެ!) ހަމަކަށަވަރުން ކަލޭމެން ފޮތުން ވަންހަނާކުރާކަމުގައިވީ ގިނަކަންތައްތައް ކަލޭމެންނަށް بيان ކޮށް ހާމަކޮށްދެއްވުމަށް ތިމަންރަސްކަލާނގެ رسول އާ ކަލޭމެންގެގާތަށް ވަޑައިގެންފިއެވެ. (އެއީ محمّد ﷺ އެވެ.) އަދި އެކަލޭގެފާނު އެތައްކަމެއް عفو ކޮށްދެއްވައެވެ. ހަމަކަށަވަރުން ﷲ ގެ حضرة ން نور އަކާއި އަދި بيان ވެގެންވާ ފޮތެއް ކަލޭމެންގެގާތަށް އަތުވެއްޖެއެވެ. (އެ نور އަކީ محمّد ﷺ އެވެ. އެފޮތަކީ ކީރިތި قرآن އެވެ.)
Verse 16
يَهْدِى بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَٰنَهُۥ سُبُلَ ٱلسَّلَـٰمِ وَيُخْرِجُهُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ بِإِذْنِهِۦ وَيَهْدِيهِمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
Transliteration yahdī bihi l-lahu mani ittabaʿa riḍ'wānahu subula l-salāmi wayukh'rijuhum mina l-ẓulumāti ilā l-nūri bi-idh'nihi wayahdīhim ilā ṣirāṭin mus'taqīmin
Dhivehi ﷲ تعالى އެފޮތުން އެކަލާނގެ ރުހިވޮޑިގަތުމާއި تبع ވީމީހަކަށް السّلام ގެމަގުތައް ދައްކަވައެވެ. އެބަހީ ﷲގެ މަގުތައް ދައްކަވައެވެ. އަދި އެކަލާނގެ އިޒުނަފުޅަށް (ކާފަރުކަމާއި ޖާހިލިކަމުގެ އަނދިރިން ނެރުއްވައި (އީމާންކަމާއި علم ގެ) އަލިކަމުގެތެރެއަށް އެކަލާނގެ އެމީހުން ވައްދަވައެވެ. އަދި އެކަލާނގެ އެމީހުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވައެވެ.
Verse 17
لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۚ قُلْ فَمَن يَمْلِكُ مِنَ ٱللَّهِ شَيْـًٔا إِنْ أَرَادَ أَن يُهْلِكَ ٱلْمَسِيحَ ٱبْنَ مَرْيَمَ وَأُمَّهُۥ وَمَن فِى ٱلْأَرْضِ جَمِيعًا ۗ وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۚ يَخْلُقُ مَا يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Transliteration laqad kafara alladhīna qālū inna l-laha huwa l-masīḥu ub'nu maryama qul faman yamliku mina l-lahi shayan in arāda an yuh'lika l-masīḥa ib'na maryama wa-ummahu waman fī l-arḍi jamīʿan walillahi mul'ku l-samāwāti wal-arḍi wamā baynahumā yakhluqu mā yashāu wal-lahu ʿalā kulli shayin qadīrun
Dhivehi ހަމަކަށަވަރުން مَرْيَم ގެފާނުންގެ ދަރިކަލުން المَمسِيْحُ (އެބަހީ عيسى عليه السّلام) އެއީ ﷲ އޭ ބުނިމީހުން ކާފަރުވެއްޖެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. مَرْيَم ގެފާނުންގެ ދަރިކަލުން المَمسِيْحُ އާއި އެކަލޭގެފާނުންގެ މަންމާފުޅާ އަދި ބިމުގައިވާ އެންމެން ﷲ ހަލާކުކުރައްވާ މެރުއްވިޔަސް އެކަމަށް އެކަލާނގެ އިރާދަކުރައްވައިފިއްޔާވެސް (އެކަލާނގެ އެކަންކުރެއްވިޔަނުދީ) އެކަން ދިފާޢު ކުރެއްވުމަށް އެއްވެސް ކަމެއް ކުރުމަށް ކުޅަދާނަ ވެގެންވަނީ ކާކުހެއްޔެވެ؟ އަދި އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާއެއްޗެއް މިލްކުވެ خاصّ ވެ ލިބިވޮޑިގެންވަނީ ﷲ އަށެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އެއްޗެއް އެކަލާނގެ ހައްދަވައެވެ. އަދި ކޮންމެކަމެއްގެމައްޗަށް ﷲ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ.
Verse 18
وَقَالَتِ ٱلْيَهُودُ وَٱلنَّصَـٰرَىٰ نَحْنُ أَبْنَـٰٓؤُا۟ ٱللَّهِ وَأَحِبَّـٰٓؤُهُۥ ۚ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم ۖ بَلْ أَنتُم بَشَرٌ مِّمَّنْ خَلَقَ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ وَإِلَيْهِ ٱلْمَصِيرُ
Transliteration waqālati l-yahūdu wal-naṣārā naḥnu abnāu l-lahi wa-aḥibbāuhu qul falima yuʿadhibukum bidhunūbikum bal antum basharun mimman khalaqa yaghfiru liman yashāu wayuʿadhibu man yashāu walillahi mul'ku l-samāwāti wal-arḍi wamā baynahumā wa-ilayhi l-maṣīru
Dhivehi އަދި يهودي ންނާއި نَصَارى އިން ބުނެއެވެ. އަހުރެމެންނަކީ ﷲ ގެ ދަރިންނެވެ. އަދި އެކަލާނގެ އެންމެ ލޯބިވާ މީހުންނެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އެހެންވީއިރު) ކަލޭމެން ކުރާ ފާފަޔަށް އެކަލާނގެ ކަލޭމެނަށް عذاب ދެއްވަނީ ކިއެއްވެގެންހެއްޔެވެ؟ އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ އެކަލާނގެ ހައްދަވާފައިވާ خَلْقُ ތަކުންކުރެ آدم ގެ ދަރިންނެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ عذاب ދެއްވައެވެ. އަދި އުޑުތަކާއި ބިމުގައި އަދި އެދެމެދުގައިވާހާ ތަކެތިވެސް مِلْكُ ވެވޮޑިގެންވަނީ ހަމަ ﷲ އަށެވެ. އަދި އެނބުރި ދާތަންވަނީ ހަމަ އެކަލާނގެ حضرة ގައެވެ.
Verse 19
يَـٰٓأَهْلَ ٱلْكِتَـٰبِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ عَلَىٰ فَتْرَةٍ مِّنَ ٱلرُّسُلِ أَن تَقُولُوا۟ مَا جَآءَنَا مِنۢ بَشِيرٍ وَلَا نَذِيرٍ ۖ فَقَدْ جَآءَكُم بَشِيرٌ وَنَذِيرٌ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Transliteration yāahla l-kitābi qad jāakum rasūlunā yubayyinu lakum ʿalā fatratin mina l-rusuli an taqūlū mā jāanā min bashīrin walā nadhīrin faqad jāakum bashīrun wanadhīrun wal-lahu ʿalā kulli shayin qadīrun
Dhivehi އޭ أهل كتاب ންނޭވެ! (يهودي ންނާއި نصارى އިންނެވެ!) ހަމަކަށަވަރުން رسول ބޭކަލުންނެތް فَتْرة އެއްގައި އެފަދަ ދަނޑިވަޅެއްގައި ކަލޭމެންގެ ގާތަށް ތިމަންރަސްކަލާނގެ رسول އާ (محمّد ﷺ) ވަޑައިގެންފިއެވެ. އެއީ އަހުރެމެންގެގާތަށް އެއްވެސް بَشِيْر އަކުވިޔަސް އަދި نَذِير އަކުވިޔަސް ނާދެޔޭ ކަލޭމެން ބުނެފާނެތީއެވެ. (بَشِير އަކީ ކިޔަމަންގަތް އަޅުންނަށް ސުވަރުގެޔާ އެތާނގެ نعمة ހުރިކަމުގެ އުފާވެރި خبر ދެއްވާމީހާއެވެ. نَذِيْر އަކީ ނުކިޔަމަންތެރި އަޅުންނަށް ނަރަކަޔާ އެތާނގެ عذاب ހުރިކަމުގެ ބިރުވެރި خبر ދޭ މީހާއެވެ.) އަދި ﷲ އީ ހުރިހާކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލާނގެއެވެ.
Verse 20
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَـٰقَوْمِ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَعَلَ فِيكُمْ أَنۢبِيَآءَ وَجَعَلَكُم مُّلُوكًا وَءَاتَىٰكُم مَّا لَمْ يُؤْتِ أَحَدًا مِّنَ ٱلْعَـٰلَمِينَ
Transliteration wa-idh qāla mūsā liqawmihi yāqawmi udh'kurū niʿ'mata l-lahi ʿalaykum idh jaʿala fīkum anbiyāa wajaʿalakum mulūkan waātākum mā lam yu'ti aḥadan mina l-ʿālamīna
Dhivehi އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލޭގެފާނު ވިދާޅުވިއެވެ.) އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ނިކަން ކަލޭމެންގެ މައްޗަށް ﷲ ލެއްވި نعمة ހަނދާންކޮށްބަލާށެވެ! އެއީ ކަލޭމެންގެތެރެއިން އެކަލާނގެ نبي ބޭކަލުންލައްވައި އަދި ކަލޭމެންނީ ރަސްރަސްކަލުންކަމުގައި އެކަލާނގެ ލެއްވިހިނދުންނެވެ. އަދި عالم ތަކުގެ މީސްތަކުންކުރެ އެކަކަށްވެސް ނުދެއްވާ ތަކެތި އެކަލާނގެ ކަލޭމެނަށް ދެއްވިއެވެ. (އެއީ مَنُّ އާއި سَلْوَى އާއި ހިލަގަނޑުން ފެންލިބުމާއި ވިލާގަނޑުން ހިޔާއަޅުއްވައިދެއްވުމާއި އަދިވެސް އެތައްކަމެއް ކަމުގައިވިއެވެ.)\n• މިއާޔަތުގައިމިވާ "ކަލޭމެން ރަސްރަސްކަލުންކަމުގައި ލެއްވި ވާހަކައިގެ މުރާދުގައި مفسّر ންގެ މެދުގައި ބަސް ތަފާތެވެ. ނަމަވެސް ގިނަބޭކަލުންގެ ބަހުގައި އެއީ:\n(1) فِرعون ގެ އަޅުވެތިކަމުންނުކުމެވި ތިމާމެންގެ نفس ތަކުގެވެރިންކަމުގައި ތިމާމެން ވީ ވާހަކައެވެ. (2) އެމީހަކަށް އަނތްބަކާއި ނޯކަރަކާއި ގެއެއްވާ ކޮންމެމީހަކީ އެއީ ރަސްކަލެއްގެ މާނައިގާ އެމީހުންކިޔައި އުޅެއެވެ. "އަދި މިނޫންގޮތްގޮތަށްވެސް ބުނެވިފައިވެއެވެ." والله أعلم.
Verse 21
يَـٰقَوْمِ ٱدْخُلُوا۟ ٱلْأَرْضَ ٱلْمُقَدَّسَةَ ٱلَّتِى كَتَبَ ٱللَّهُ لَكُمْ وَلَا تَرْتَدُّوا۟ عَلَىٰٓ أَدْبَارِكُمْ فَتَنقَلِبُوا۟ خَـٰسِرِينَ
Transliteration yāqawmi ud'khulū l-arḍa l-muqadasata allatī kataba l-lahu lakum walā tartaddū ʿalā adbārikum fatanqalibū khāsirīna
Dhivehi موسى (عليه السّلام) ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން طاهر ވެގެންވާ ބިމަށް ނުވަތަ بركاة ތެރިބިމަށް ވަންނާށެވެ! އެރަށަށް ދާށެވެ! (އެއީ دمشق އާއި فَلَسْطِيْن ކަމުގައި - ނުވަތަ شَام ކަރަކަމުގައި - ނުވަތަ أرِيْحَا އެވެ ކިޔޭތަނެއްކަމުގައި ނުވަތަ طور ފަރުބަދަޔާއި އެތާނގެ ވަށައިގެންވާ ތަންތަންކަމުގައި ބުނެވުނެވެ. މިހުރިހާގޮތަކަށްވެސް تفسير علم ވެރިންގެ ބަސްފުޅުވެއެވެ.) - والله أعلم - أبوجعفر الطبري ގެ تفسير ގައި ވިދާޅުވެފައި އެވަނީ އެއީ فُرَات ކޯރުންފެށިގެން مِصْرُ عَرِيش ކިޔާ ހިސާބަށްކަމުގައެވެ. موسى (عليه السّلام) ވިދާޅުވިއެވެ. (އޭ قوم ގެމީހުންނޭވެ!) އެތަނަކީ ކަލޭމެނަށް ﷲ ކަނޑައަޅުއްވާ ލިއުއްވާފައިވާ ތަނެކެވެ. އެތަނަށް ކަލޭމެން ދާށެވެ! އަދި ފުރަގަސްދީ ފަހަތަށް އެނބުރި رجوع ނުވާށެވެ! އެހެންވެއްޖެއްޔާ ކަލޭމެންނީ ގެއްލި ހަލާކުވެގެންވާ ބަޔަކުކަމުގައި ވެގެންހިނގައިދާނެއެވެ.
Verse 22
قَالُوا۟ يَـٰمُوسَىٰٓ إِنَّ فِيهَا قَوْمًا جَبَّارِينَ وَإِنَّا لَن نَّدْخُلَهَا حَتَّىٰ يَخْرُجُوا۟ مِنْهَا فَإِن يَخْرُجُوا۟ مِنْهَا فَإِنَّا دَٰخِلُونَ
Transliteration qālū yāmūsā inna fīhā qawman jabbārīna wa-innā lan nadkhulahā ḥattā yakhrujū min'hā fa-in yakhrujū min'hā fa-innā dākhilūna
Dhivehi އެމީހުން ދެންނެވިއެވެ. އޭ موسى (عليه السّلام) އެވެ! ހަމަކަށަވަރުން އެހެންބަޔަކަށް ބަލިނުކުރެވޭފަދަ ގަދަފަދަ جَبّار ބަޔަކު އެރަށުގައިވެއެވެ. އަދި ހަމަކަށަވަރުން އެމީހުން އެރަށުން ނުކުމެއްޖައުމަށްދާނދެން އެބަހީ އެމީހުން ނުނުކުންނަނިސް އަހުރެމެން އެރަށަށް ނުދާނަމެވެ. ފަހެ އެމީހުން އެރަށުން ނުކުމެއްޖެއްޔާ ހަމަކަށަވަރުން އަހުރެމެންނީ އެރަށަށް ވަންނާނެ ބަޔަކީމުއެވެ.
Verse 23
قَالَ رَجُلَانِ مِنَ ٱلَّذِينَ يَخَافُونَ أَنْعَمَ ٱللَّهُ عَلَيْهِمَا ٱدْخُلُوا۟ عَلَيْهِمُ ٱلْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَـٰلِبُونَ ۚ وَعَلَى ٱللَّهِ فَتَوَكَّلُوٓا۟ إِن كُنتُم مُّؤْمِنِينَ
Transliteration qāla rajulāni mina alladhīna yakhāfūna anʿama l-lahu ʿalayhimā ud'khulū ʿalayhimu l-bāba fa-idhā dakhaltumūhu fa-innakum ghālibūna waʿalā l-lahi fatawakkalū in kuntum mu'minīna
Dhivehi ﷲ އަށް ބިރުވެތިވާ މީހުންގެތެރެއިން ދެފިރިހެނުން ދެންނެވިއެވެ. އެދެމީހުންނަށް ﷲ نعمة ލައްވާފައިވެއެވެ. އެދެމީހުން ދެންނެވިއެވެ. (އޭ މީސްތަކުންނޭވެ!) ކަލޭމެން އެރަށުގެ ދޮރާއި ހަމައަށް ނިކަން ވަދެބަލާށެވެ! ކަލޭމެން އެރަށުގެ ދޮރުން ވަދެއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންނަކީ ގަދަވާނެ މީހުންނެވެ. އަދި ކަލޭމެންނީ مؤمن ންކަމުގައިވަންޏާ ހަމައެކަނި ﷲ އަށް وكيل ކޮށް އިތުބާރު ކުރާށެވެ! އެކަލާނގެއަށް ބަރޯސާކޮށް ތިމާމެންގެ ކަންތައް حوال ކުރާށެވެ.
Verse 24
قَالُوا۟ يَـٰمُوسَىٰٓ إِنَّا لَن نَّدْخُلَهَآ أَبَدًا مَّا دَامُوا۟ فِيهَا ۖ فَٱذْهَبْ أَنتَ وَرَبُّكَ فَقَـٰتِلَآ إِنَّا هَـٰهُنَا قَـٰعِدُونَ
Transliteration qālū yāmūsā innā lan nadkhulahā abadan mā dāmū fīhā fa-idh'hab anta warabbuka faqātilā innā hāhunā qāʿidūna
Dhivehi އެމީހުން (އެބަހީ بني إسْرَائيل ގެމީހުން) ދެންނެވިއެވެ. އޭ موسى (عليه السّلام) އެވެ! ހަމަކަށަވަރުން އެމީހުން އެތާ ދެމިތިބިހާހިނދަކު އަހުރެމެން އެރަށަށް ނުވަންނާނަމެވެ. ފަހެ ކަލޭގެފާނާއި ކަލޭގެފާނުންގެ رَبّ އާއި ވަޑައިގެން އެމީހުންނާ ހަނގުރާމަކުރައްވާށެވެ! އަހުރެމެން މިތާ އިށީނދެލައިގެން ތިބޭނޫއެވެ.
Verse 25
قَالَ رَبِّ إِنِّى لَآ أَمْلِكُ إِلَّا نَفْسِى وَأَخِى ۖ فَٱفْرُقْ بَيْنَنَا وَبَيْنَ ٱلْقَوْمِ ٱلْفَـٰسِقِينَ
Transliteration qāla rabbi innī lā amliku illā nafsī wa-akhī fa-uf'ruq baynanā wabayna l-qawmi l-fāsiqīna
Dhivehi موسى (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! ހަމަކަށަވަރުން މިއަޅާއަށް މިއަޅާގެ نفس އާއި އަދި މިއަޅާގެ أخ މެނުވީ ކުޅަދާނަވެގެން ނުވެއެވެ. (އެބަހީ އިބަރަސްކަލާނގެއަށް ކިޔަމަންތެރިވާނެކަމާއިމެދު މިއަޅާގެ نفس އާއި މިއަޅާގެ أخ މެނުވީ އެހެން އެއްވެސްމީހަކަށް މިއަޅާގެ އިތުބާރެއްނެތެވެ. ކުޅަދާނަކަމެއް މިލްކުވެގެން ނުވެއެވެ.) ފަހެ އަޅަމެންނާއި މި فاسق ވެގެންވާ މީހުންނާއި މެދު ދުރުކޮށްދެއްވާންދޭވެ! - ވަކިކޮށްދެއްވާންދޭވެ!
Verse 26
قَالَ فَإِنَّهَا مُحَرَّمَةٌ عَلَيْهِمْ ۛ أَرْبَعِينَ سَنَةً ۛ يَتِيهُونَ فِى ٱلْأَرْضِ ۚ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْفَـٰسِقِينَ
Transliteration qāla fa-innahā muḥarramatun ʿalayhim arbaʿīna sanatan yatīhūna fī l-arḍi falā tasa ʿalā l-qawmi l-fāsiqīna
Dhivehi ﷲ وحي ކުރެއްވިއެވެ. ސާޅީސްއަހަރުވާންދެން އެމީހުންނަށް އެރަށް حرام ވެގެންވެއެވެ. (މަނާވެގެންވެއެވެ.) އެމީހުންނަށްއޮތީ حيران ވެގެން ބިމުގައި ހިނގުމެވެ. ފަހެ فاسق ވެގެންވާ މީސްތަކުންގެމައްޗަށް ކަލޭގެފާނު ހިތާމަފުޅު ނުކުރައްވާށެވެ! ގިނަ تفسير ފޮތްތަކުގައި އެވާހަކަ ދިގުކޮށް ލިއުއްވާފައިވެއެވެ. އެއަށްފަހު އެމީހުން ކޮންމެދުވަހަކުވެސް އެބިމުން ނުކުތުމަށް ހިނގަނީއެވެ. އިރުއޮއްސުނީމާ ނިދާފައި ފަތިހު ތެދުވާއިރަށް ތިބެނީ ކުރީ ދުވަހުވެސް ހަމަ ފުރިތާނގައެވެ. ސާޅީސް އަހަރުވެސް ހަމަ އެހެންނެވެ. މުޅިއެކީ އެމީހުންނަށް ހިނގަ ހިނގާތިބެވުނީ ހަ فَرْسَخُ ގައި ކަމުގައިވިއެވެ. އެމީހުންގެ ކެއުމަށް مَنُّ އާއި سلْواى ބާވައިލައްވާ ވިލާގަނޑު ހިޔާއަޅައި ހިލަގަނޑުން ފެން ނެރުއްވައި މިހުރިހާކަމެއްވީ މިދުވަސްވަރުގައިކަމަށްވިއެވެ.............
Verse 27
۞ وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْـَٔاخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ
Transliteration wa-ut'lu ʿalayhim naba-a ib'nay ādama bil-ḥaqi idh qarrabā qur'bānan fatuqubbila min aḥadihimā walam yutaqabbal mina l-ākhari qāla la-aqtulannaka qāla innamā yataqabbalu l-lahu mina l-mutaqīna
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް އެބަހީ قُرَيشُ ންނަށް آدم عليه السّلام ގެ ދެދަރިކަލުންގެ خبر ވިދާޅުވެދެއްވާށެވެ! حقّ ގޮތުގައެވެ. އެއީ އެދެދަރިކަލުން (ﷲ އަށް ކުއްތަންވުމުގެ ގޮތުން) قربان އެއް ކުރިހިނދުގައެވެ. ދެންފަހެ އެތަނުން އެއްދަރިކަލުންގެ قربان قبول ކުރެވުނެވެ. އެބަހީ ﷲ قبول ކުރެއްވިއެވެ. އަދި އަނެއް ދަރިކަލުންގެ قربان قبول ނުކުރެވުނެވެ. އެބަހީ ﷲ قبول ނުކުރެއްވިއެވެ. އަދި އޭނާ އެބަހީ قربان قبول ނުވެވުނުމީހާ އަނެއްމީހާއަށް ބުންޏެވެ. އަހުރެން ކަލޭ މަރާނަމެވެ. އަނެއްމީހާ އެބަހީ قربان قبول ވެވުނުމީހާ ބުންޏެވެ. ހަމަކަށަވަރުން ﷲ قبول ކުރައްވަނީ تقوى ވެރިންގެ ކިބައިންނެވެ.
Verse 28
لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍ يَدِىَ إِلَيْكَ لِأَقْتُلَكَ ۖ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَـٰلَمِينَ
Transliteration la-in basaṭta ilayya yadaka litaqtulanī mā anā bibāsiṭin yadiya ilayka li-aqtulaka innī akhāfu l-laha rabba l-ʿālamīna
Dhivehi (قربان قبول ވެވުނުމީހާ ވާހަކަދައްކަމުން ބުންޏެވެ.) ކަލޭ އަހުރެން މަރައިލުމަށް ކަލޭގެ ދެއަތް އަހުރެންނާ ދިމާލަށް ފަތުރައިލިޔަސް އަހުރެންނަކީ ކަލޭ މަރައިލުމަށް އަހުރެންގެ އަތް ކަލެޔާ ދިމާއަށް ފަތުރާނެމީހަކު ނޫނެވެ. ހަމަކަށަވަރުން عالم ތަކުގެ ވެރި رَبّ ކަމުގައިވާ ﷲ އަށް އަހުރެން ބިރުގަންނަމެވެ.
Verse 29
إِنِّىٓ أُرِيدُ أَن تَبُوٓأَ بِإِثْمِى وَإِثْمِكَ فَتَكُونَ مِنْ أَصْحَـٰبِ ٱلنَّارِ ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّـٰلِمِينَ
Transliteration innī urīdu an tabūa bi-ith'mī wa-ith'mika fatakūna min aṣḥābi l-nāri wadhālika jazāu l-ẓālimīna
Dhivehi އަހުރެން އެދެނީ އަހުރެންގެ ފާފަޔާ ކަލޭގެ ފާފަ ހިފައިގެން ކަލޭ ދިއުމަށެވެ. އޭރުން ދެން ކަލޭވާނީ ނަރަކައިގެ އެކުވެރިންގެތެރެއިންނެވެ. އަދި އަނިޔާވެރިންގެ ޖަޒާއަކި އެއީއެވެ.
Verse 30
فَطَوَّعَتْ لَهُۥ نَفْسُهُۥ قَتْلَ أَخِيهِ فَقَتَلَهُۥ فَأَصْبَحَ مِنَ ٱلْخَـٰسِرِينَ
Transliteration faṭawwaʿat lahu nafsuhu qatla akhīhi faqatalahu fa-aṣbaḥa mina l-khāsirīna
Dhivehi ދެންފަހެ އޭނާ (އެބަހީ قربان قبول ނުވެވުނުމީހާ) އަށް އޭނާގެ أخ މަރައިލުމަށް އޭނާގެ نفس ކިޔަމަންކޮށް ހިތްވަރުދީފިއެވެ. ދެން އޭނާ އޭނާގެ أخ މަރައިފިއެވެ. އަދި އޭނާ ވީ ގެއްލިހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
Verse 31
فَبَعَثَ ٱللَّهُ غُرَابًا يَبْحَثُ فِى ٱلْأَرْضِ لِيُرِيَهُۥ كَيْفَ يُوَٰرِى سَوْءَةَ أَخِيهِ ۚ قَالَ يَـٰوَيْلَتَىٰٓ أَعَجَزْتُ أَنْ أَكُونَ مِثْلَ هَـٰذَا ٱلْغُرَابِ فَأُوَٰرِىَ سَوْءَةَ أَخِى ۖ فَأَصْبَحَ مِنَ ٱلنَّـٰدِمِينَ
Transliteration fabaʿatha l-lahu ghurāban yabḥathu fī l-arḍi liyuriyahu kayfa yuwārī sawata akhīhi qāla yāwaylatā aʿajaztu an akūna mith'la hādhā l-ghurābi fa-uwāriya sawata akhī fa-aṣbaḥa mina l-nādimīna
Dhivehi ދެންފަހެ ބިމުގެ އެތަންމިތަން ހޯދަމުންދާ ކާޅެއް ﷲ تعالى (އޭނާގެ ގާތަށް) ފޮނުއްވިއެވެ. އެއީ އޭނާގެ أخ ގެ ހަށިގަނޑު ނިވައިކުރާނެގޮތް ދެއްކުމަށްޓަކައެވެ. • ގިނަ ރިވާޔަތްތަކުގައި بيان ވެގެންވާފަދައިން ދެކާޅު އައިސް އޭނާގެ ކުރިމަތީގައި ތަޅާފޮޅާ އެތަނުން އެއްކާޅު އަނެއްކާޅު މަރައިލީއެވެ. ދެން ދިރިއިން ކާޅު ތުނބުން ބިންމަތިކޮނެ އަނެއް މަރުވި ކާޅު އެވަޅުގަޑުގައި ބާއްވައި ދެން އެގޮތްމިގޮތުން އޭގެމައްޗަށް ވެލިއަޅާ ނިވައިކުރީއެވެ. (މަހާނަ ހެދީއެވެ.) = تفسيرالطبري =\n• ކާޅުގެ މި حركاة ފެނިފައި އޭނާ ބުންޏެވެ. އޭއަހުރެންނަށް ހުރި ހަލާކެއްގެބޮޑުކަމާއެވެ! މިކާޅުފަދައިން އަހުރެން އަހުރެންގެ أخ ގެ ހަށިގަނޑު ނިވައިކުރުމަށްވެސް އަހުރެން މިވަނީ ނުކުޅެދިފައެވެ. އަދި އޭނާވީ ހިތާމަކުރާމީހުންގެ ތެރެއިންނެވެ.\n• ދަންނައެވެ! މިއީ آدم عليه السّلام ގެ ދެ ދަރިކަލުންކުރެ އެކަކު އަނެކަކު މެރިވާހަކައެވެ. އެކަކީ هَابِيْلُ އެވެ. އަނެކަކީ قَابِيل އެވެ. އެއީ އެދެމީހުންގެ ދެމެދު ދިމާވި މައްސަލައެއްގައި ﷲ އެންގެވީ ކޮންމެ މީހަކުވެސް ﷲ އަށް قربان އެއް ކުރުމަށެވެ. ދެންފަހެ هابيل އަކީ ބަކަރިގެންގުޅޭ މީހަކުކަމުގައިވީހިނދުން އޭނާގެ އަތުގައިވާ އެންމެ ރީތި އަދި އެންމެ ލޯބިވާ ބަކަރީގެ قربان އޭނާ ކޮށްފިއެވެ. قابيل އަކީ ދަނޑުވެރިއެއްކަމުގައިވީހިނދުން އޭނާ قربان ކުރީ އޭނާގެ ދަނޑުގެ ތަކެތީގެ ތެރެއިން ދެރަ ވިޔާނުދާ ތަކެތީގެ قربان އެކެވެ. ދެންފަހެ هابيل ގެ قربان قبول ވެވި قابيل ގެ قربان قبول ނުވެވުނެވެ. އެކަމާ ރުޅިއައިސް قابيل ގޮސް هابيل މެރީއެވެ. އާޔަތުގައި އެވަނީ އެދެމީހުން ދެއްކި ވާހަކަޔާ ކަންވެދިޔަގޮތެވެ. އެއީ ދުނިޔޭގެ آدم ގެ ދަރިންގެ ފުރަތަމަ قتل އެވެ. މިދެމީހުންގެދެމެދު ދެބަސްވާންދިމާވި މައްސަލައެއްކަމުގައިވަނީ އަންހެންކުއްޖެއްގެ މައްސަލައެވެ. قابيل އިންނަން ދިމާވި ކުއްޖާޔާ قابيل އިންނަން قبول ނުވެ هابيل އިންނަން ދިމާވިކުއްޖާޔާ قابيل ވެސް އިންނަހިތްވުމެވެ. ނަމަވެސް އެގޮތް އޭރުގެ شريعة ހުއްދައެއް ނުކުރެއެވެ. ދެން آدم عليه السّلام އެދެކުދިންނަށް قربان ކުރަން އެންގެވީއެވެ. އަދި هابيل ގެ قربان ﷲ قبول ކުރެއްވީއެވެ. އެއީ حقّ ގެވެރިފަރާތެވެ. قابيل އެކަމާ ރުޅިއައިސްގެން އޭނާގެ أخ هابيل މެރީއެވެ. والله أعلم.
Verse 32
مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَنَّهُۥ مَن قَتَلَ نَفْسًۢا بِغَيْرِ نَفْسٍ أَوْ فَسَادٍ فِى ٱلْأَرْضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَآ أَحْيَا ٱلنَّاسَ جَمِيعًا ۚ وَلَقَدْ جَآءَتْهُمْ رُسُلُنَا بِٱلْبَيِّنَـٰتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِى ٱلْأَرْضِ لَمُسْرِفُونَ
Transliteration min ajli dhālika katabnā ʿalā banī is'rāīla annahu man qatala nafsan bighayri nafsin aw fasādin fī l-arḍi faka-annamā qatala l-nāsa jamīʿan waman aḥyāhā faka-annamā aḥyā l-nāsa jamīʿan walaqad jāathum rusulunā bil-bayināti thumma inna kathīran min'hum baʿda dhālika fī l-arḍi lamus'rifūna
Dhivehi އެކަމަށްޓަކައި ތިމަންރަސްކަލާނގެ بني إسرائيل ންގެމައްޗަށް ލިއުއްވާ ކަނޑައެޅުއްވީ، ހަމަކަށަވަރުން އެއްވެސް نفس އެއްގެ ބަދަލުގައިނޫންގޮތަކަށް نفس އެއް މެރިކޮންމެ މީހަކު ނުވަތަ ބިމުގައި ފަސާދަކުރި ކޮންމެ މީހަކު ފަހެ އޭނާ ކޮންފަދަހެއްޔެވެ؟ އޭނާ އެންމެން މެރިފަދައެވެ. އަދި نفس އެއް ދިރުވައިފިމީހާ އޭނާ ކޮންފަދަ ހެއްޔެވެ؟ އޭނާ އެންމެން ދިރުވިފަދައެވެ. އަދި ހަމަކަށަވަރުން އެމީހުންގެ ގާތަށް އެބަހީ بني إسرائيل ންގެގާތަށް - ބަޔާންވެގެންވާ دليل އާއި حجّة އާއިގެން ތިމަންރަސްކަލާނގެ رسول ން ވަޑައިގެންނެވިއެވެ. ދެން އޭގެފަހުގައިވެސް އެބަހީ އެ حجّة އާއި دليل އަށްފަހުގައިވެސް އެމީހުންކުރެ ގިނަމީހުންނަކީ ކަނޑައެޅިގެން ބިންމަތީގައި إسراف ކުރާމީހުންނެވެ. (އުރެދުންތައް ގިނަގިނައިން ކުރަނީއެވެ.)\n• ދަންނައެވެ! މިއާޔަތުގައި - އެކަމަށްޓަކައި بني إسرائيل ންނަށް އެފަދަ އަދަބެއް ކަނޑައެޅުއްވިކަމާމެދު - އެބަހީ آدم عليه السّلام ގެ ދަރިކަލުންކުރެ އެކަކު އަނެކަކު މެރުވުމުގެ ސަބަބުން އޭގެ މާފަހުން ދުނިޔެއަށް އައި ބަޔަކަށް އެކަން ގުޅިފައިއޮތީ ކޮން حكمة އަކަށްޓަކައިތޯ ސުވާލު އުފެދިދާނެއެވެ. އޭގެ جواب ގައި ބައެއް مفسّر ން ލިއުއްވާފައިވަނީ بني إسرائيل ންގެ ތެރޭގައި މީހުންމެރުން ގިނަވުމުގެ ސަބަބުން އެމީހުންނަކީ މިހުން މެރުމުގެ وعيد އެންމެފުރަތަމަ ބާވައިލެއްވުނު ބަޔަކުކަމުގައި އެމީހުންވީކަމެވެ. އެމީހުން نبي ބޭކަލުންވެސް މެރީއެވެ.\n• ދެން އޮތް އަނެއް ނުގުތާއަކީ އެންމެ نفس އެއް މެރިމީހާ ހުރިހާ نفس އެއް މެރިމީހަކުފަދައޭ އޮތްއޮތުމެވެ. އޭގެ جواب ގައި ބައެއް ބޭކަލުން ވިދާޅުވަނީ: فصد ގައި އެންމެ مؤمن އަކު މެރިމީހާގެ އަދަބަކީ ނަރަކައިގައި ދެމިހުރުމާ ﷲ ގެ ކޯފާއާއި އެކަލާނގެ لعنة އާއި ބޮޑުވެގެންވާ عذاب އެވެ. އެންމެހައި މީހުން މެރިޔަސް އޮތީ އެއަދަބެވެ. އެއީ مجاهد ގެ ބަހެވެ. އަދި އެހެންގޮތްގޮތަށްވެސް ވިދާޅުވި ބޭކަލުންވެއެވެ. والله أعلم. އަދި އެ نفس އެއްމެރުން حرام ވެގެންވާ نفس އެއް (މަރައިލުމަށް ކުޅަދާނަވެއްޖެމީހާ) އޭނާ ނުމަރައި ދޫކޮށްލުން އެއީ ދިރުވުން ކަމަށެވެ. / ނުވަތަ މީހަކު غرق ވުމުން ނުވަތަ އަނދައިގެން މަރުވުންފަދަ ކަމަކުން ސަލާމަތްކުރުން އެއީ އޭނާ ދިރުވުންކަމަށެވެ. އަދި މިނޫންވެސް ވަރަށްގިނަ ގޮތްގޮތަށް މިބަސްފުޅު تَأْوِيْلُ ކުރައްވާފައިވެއެވެ. والله أعلم.
Verse 33
إِنَّمَا جَزَٰٓؤُا۟ ٱلَّذِينَ يُحَارِبُونَ ٱللَّهَ وَرَسُولَهُۥ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا أَن يُقَتَّلُوٓا۟ أَوْ يُصَلَّبُوٓا۟ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَـٰفٍ أَوْ يُنفَوْا۟ مِنَ ٱلْأَرْضِ ۚ ذَٰلِكَ لَهُمْ خِزْىٌ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ
Transliteration innamā jazāu alladhīna yuḥāribūna l-laha warasūlahu wayasʿawna fī l-arḍi fasādan an yuqattalū aw yuṣallabū aw tuqaṭṭaʿa aydīhim wa-arjuluhum min khilāfin aw yunfaw mina l-arḍi dhālika lahum khiz'yun fī l-dun'yā walahum fī l-ākhirati ʿadhābun ʿaẓīmun
Dhivehi ﷲ އާއި އަދި އެކަލާނގެ رسول އާ އާއި އިދިކޮޅަށް ހަނގުރާމަކޮށް (އެބަހީ އެދެފަރާތުގެ أمر އަށް ނުކިޔަމަންތެރިވެ އުރެދި) އަދި ބިމުގައި ފަސާދަވެރިކަން އުފެއްދުމަށް މަސައްކަތްކޮށް ހަދާމީހުން (އެބަހީ މަގުފޭރި މީހުންމަރާ މުދާލޫޓުވައި މީހުންގެ عفّة ނަގާލާހަދާ ބިރުދައްކާ ހަދާމީހުން) ގެ جزاء އެއްކަމުގައި އެމީހުންގެ އަދަބެއްކަމުގައި ވާކަންކަށަވަރީ އެމީހުން މެރުމެވެ. ނުވަތަ صَليب އަށްލުމެވެ. ނުވަތަ އަތާފައި ކަންކުތިވާގޮތަށް (ކަނާތާ ވާތުފައިވާގޮތަށް) ކެނޑުމެވެ. ނުވަތަ އޭނާ އަރުވައިލާ އެރަށުން ބޭރުކުރުމެވެ. އެއީ ދުނިޔޭގައި އޭނާއަށް ހުރި ދެރަކަމާއި ނިކަމެތިކަމެވެ. އަދި آخرة ގައި އޭނާއަށް ކަނޑައެޅިގެންހުރީ ބޮޑުވެގެންވާ عذاب އެވެ. • ދަންނައެވެ! މިއާޔަތުގެ حكم ތަކާއިމެދު مفسّر ންނާ عالم ންގެމެދުގައި ހިސާބަކަށް ދެބަސްވުންވެއެވެ. އަދި حكم ތަކުގެ تفصيل އެހާ ތަނަވަހެވެ. ވީމާ އެދިގު تفصيل އަށް އަދި ދިއުމަކަށް قصد އެއް ނުކުރަމެވެ. ކޮންމެއަކަސް މިއީ މަގުފޭރޭމީހުންގެ حكم އެވެ. މި حكم ތައް މިއަންގަވާފައިވާގޮތަށް تَنْفِيذ ކުރަމުންދާ ތަނެއްގައި އަމަންއަމާންކަން ރަސްކަންކުރާނެއެވެ. އަދި حكم ތައް تنفيذ ނުކޮށް ތިމާމެން ކިތަންމެ ކުރިއަރައި ترقّى ވެފައިވާކަމުގައި އަޑުއެރުވިޔަސް އެތަނެއްގައި ވެރިކަންކުރާނީ ބިރުވެރިކަމާއި ނާމާންކަމެވެ. ކަޓަރުއެޅުމާ، ލޫޓުވުމެވެ. މީހުންމެރުމާ ފަސާދައެވެ. فاحش ކަންތަކާއި ދެންވެސް އެބާވަތުގެ އެންމެހައި ނުބައެކެވެ. ބައްޔާ އެކަށީގެންވާވަރު ބޭހެއް ނުކުރެވިއްޖެއްޔާ ބަލި ހައްތާބޮޑުވެ ނުބައިވާނެއެވެ. ބުއްދިވެރިންނޭވެ. عبرة حاصل ކުރާށެވެ! ކޮންމެއަކަސް މި ތެއްތިރީސްވަނަ އާޔަތަކީ مجتمع إصلاح ކުރުމުގެ ބޭސްގަނޑެވެ. އެއާޔަތުގައި بيان ވެގެންއެވާ ބަލީގެ ބޭހަކީ ހަމަ އެ އާޔަތުގައި އެވާ ބޭހެވެ. އެހެން ބޭހަކުން އަސަރެއް ނުކުރާނެއެވެ. ޓީބީ ޖެހުނީމާ އަރިދަފުސް ރޯގާގެ ބޭހަކުން ނުގުޑާނެއެވެ.
Verse 34
إِلَّا ٱلَّذِينَ تَابُوا۟ مِن قَبْلِ أَن تَقْدِرُوا۟ عَلَيْهِمْ ۖ فَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ رَّحِيمٌ
Transliteration illā alladhīna tābū min qabli an taqdirū ʿalayhim fa-iʿ'lamū anna l-laha ghafūrun raḥīmun
Dhivehi ކަލޭމެންނަށް އެމީހުންގެމައްޗަށް ކުޅަދާނަވުމުގެކުރިން (އެބަހީ ކަލޭމެން އެމީހުން އަތުލައިގަތުމުގެ ކުރިން) تَوبَة ވެއްޖެމީހުން މެނުވީއެވެ. އެބަހީ އެފަދަމީހުންނަށް އިސްވެދިޔަ އަދަބުގެތެރެއިން އަދަބެއް ދިނުމެއް ހުއްދައެއްނޫނެވެ. ފަހެ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުންބޮޑުވެގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ!
Verse 35
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ وَجَـٰهِدُوا۟ فِى سَبِيلِهِۦ لَعَلَّكُمْ تُفْلِحُونَ
Transliteration yāayyuhā alladhīna āmanū ittaqū l-laha wa-ib'taghū ilayhi l-wasīlata wajāhidū fī sabīlihi laʿallakum tuf'liḥūna
Dhivehi އޭ އީމާންވެގެންވާ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! تقوى ވެރިވާށެވެ! އަދި އެކަލާނގެ حضرة ގައި ކަލޭމެން وَسِيلَة ހޯދާށެވެ! (އެބަހީ އެކަލާނގެއަށް ކިޔަމަންތެރިވެ އެކަލާނގެ حضرة ގައި ގާތްކަން ހޯދާށެވެ!) އަދި އެކަލާނގެ މަގުގައި ކަލޭމެން جهاد ކުރާށެވެ! (އެކަލާނގެ ދީން ކުރިއެރުވުމަށް ހިތްވަރުކުރާށެވެ!) އެއީ ކަލޭމެންނަށް ކާމިޔާބުވެ ނަސީބުލިބޭތޯއެވެ؟
Verse 36
إِنَّ ٱلَّذِينَ كَفَرُوا۟ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لِيَفْتَدُوا۟ بِهِۦ مِنْ عَذَابِ يَوْمِ ٱلْقِيَـٰمَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ
Transliteration inna alladhīna kafarū law anna lahum mā fī l-arḍi jamīʿan wamith'lahu maʿahu liyaftadū bihi min ʿadhābi yawmi l-qiyāmati mā tuqubbila min'hum walahum ʿadhābun alīmun
Dhivehi ހަމަކަށަވަރުން ކާފަރުވީ މީސްތަކުން (ދަންނައެވެ!) އެމީހުންނަށް ކަނޑައެޅިގެން ބިމުގައި ވާހާތަކެއްޗާއި އަދި އެޔާއެކު އޭގެއިތުރަށް އަދި އެހާތަކެތި އެމީހުން قيامة ދުވަހުގެ عذاب ން ސަލާމަތްވާން فديَة އެއްގެގޮތުގައި ލިބިފައިވިޔަސް އެހާތަކެތި ދިނަސް އެމީހުންގެ ފަރާތުން އެކަން قبول ނުވެވޭނެއެވެ. (ﷲ އެކަން قبول ނުކުރައްވާނެއެވެ.) އަދި އެމީހުންނަށްހުރީ ހަމަ ވޭންދެނިވި عذاب އެވެ.
Verse 37
يُرِيدُونَ أَن يَخْرُجُوا۟ مِنَ ٱلنَّارِ وَمَا هُم بِخَـٰرِجِينَ مِنْهَا ۖ وَلَهُمْ عَذَابٌ مُّقِيمٌ
Transliteration yurīdūna an yakhrujū mina l-nāri wamā hum bikhārijīna min'hā walahum ʿadhābun muqīmun
Dhivehi އެމީހުން (قيامة ދުވަހުން) ނަރަކައިން ނުކުތުމަށް އެދޭނެއެވެ. (އެކަމަކު) އެމީހުންނަކީ އެތަނުން ނުކުންނާނެ ބައެއްނޫނެވެ. އެމީހުންނަށްހުރީ (ނަރަކައިގާ) قائم ވެތިބޭ ދާއިމީ عذاب އެވެ.
Verse 38
وَٱلسَّارِقُ وَٱلسَّارِقَةُ فَٱقْطَعُوٓا۟ أَيْدِيَهُمَا جَزَآءًۢ بِمَا كَسَبَا نَكَـٰلًا مِّنَ ٱللَّهِ ۗ وَٱللَّهُ عَزِيزٌ حَكِيمٌ
Transliteration wal-sāriqu wal-sāriqatu fa-iq'ṭaʿū aydiyahumā jazāan bimā kasabā nakālan mina l-lahi wal-lahu ʿazīzun ḥakīmun
Dhivehi އަދި ވައްކަންކުރި ފިރިހެންމީހާއާއި އަދި ވައްކަންކުރި އަންހެންމީހާ (ދަންނައެވެ.) ކަލޭމެން އެދެމީހުންގެ އަތްކަނޑާށެވެ. އެއީ އެދެމީހުންކުރި ނުބައި ކަންތަކުގެ جزاء އެއްގެގޮތުން ﷲ ގެ حضرة ންވާ عقوبة އާއި ކޯފާއެވެ. އަދި ﷲ އީ عزّة ވަންތަ (ގަދަފަދަވަންތަ) حكمة ވަންތަ ކަލާނގެއެވެ.
Verse 39
فَمَن تَابَ مِنۢ بَعْدِ ظُلْمِهِۦ وَأَصْلَحَ فَإِنَّ ٱللَّهَ يَتُوبُ عَلَيْهِ ۗ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
Transliteration faman tāba min baʿdi ẓul'mihi wa-aṣlaḥa fa-inna l-laha yatūbu ʿalayhi inna l-laha ghafūrun raḥīmun
Dhivehi އަދި އޭނާގެ އެ އަނިޔާއަށްފަހު (އެބަހީ އަތްކެނޑުމަށްފަހު) އޭނާ تَوبة ވެ إصلاح ކޮށްފިއްޔާ އެބަހީ އޭނާ އެހުރި އުރެދުމެއް ދޫކޮށް ރަނގަޅުކޮށްފިއްޔާ ފަހެ ހަމަކަށަވަރުން ﷲ تعالى އޭނާގެ މައްޗަށް تَوبة ލައްވައެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 40
أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ يُعَذِّبُ مَن يَشَآءُ وَيَغْفِرُ لِمَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
Transliteration alam taʿlam anna l-laha lahu mul'ku l-samāwāti wal-arḍi yuʿadhibu man yashāu wayaghfiru liman yashāu wal-lahu ʿalā kulli shayin qadīrun
Dhivehi ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާތަކެތި ﷲ އަށް مِلْكُ ވެ خاصّ ވެގެންވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވައިތޯއެވެ؟ (ނުވަތަ ތިމަންނާމެންނީ ﷲ ގެ ދަރީންނޭ އެކަލާނގެ އެންމެ ލޯބިވާމީހުންނޭ މިކިޔާ މީހުންނަށް ނޭނގޭ ބާވައެވެ؟) އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް عذاب ދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި ހުރިހާކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. މިއަންނަ އާޔަތުގެ ترجمة ނުވަތަ إجمالى މާނަ ލިއުމުގެ ކުރިން ކުޑަވާހަކަކޮޅެއް / ދެތިން كلمة އެއް ބުނެލާނަމެވެ. އެއީ އާޔަތުގެ މާނަ ވިސްނައިގަތުން ފަސޭހަވުމަށްޓަކައެވެ. މިއާޔަތް ބާވައިލައްވާފައިވަނީ حادثة އަކާއި ގުޅިގެންނެވެ. އެއީ: رسول ﷲ ﷺ مدينة އަށް ވަޑައިގެންނެވިފަހުން: يهودي ންގެ ފިރިހެނަކާއި އަންހެނަކާއި ދެމީހުން ޒިނޭކުރިއެވެ. ދެން يهودي ންގެ ދަންނަބޭކަލުންތަކެއް ޖަމާވެފައި އެދެމީހުންނަށް حكم ކުރެއްމަށް މިފޮނުވީ ކީރިތި رسول އާގެ އަރިހަށެވެ. އެމީހުންގެ توراة ގައި ބަޔާންވެގެންވާފަދައިން އެދެމީހުންގެ ނިޔާއަކީ رَجَمُ ކުރުމެވެ. مُحْصَنُ ދެމީހުންނެވެ. އެމީހުން رسول ﷲ ﷺ ގެ އަރިހަށް އެދެމީހުންގެ މައްސަލަ ހުށަހެޅީ އެހެންގޮތަކަށް حكم ކުރައްވާނެކަމަށެވެ. އަދި އެދެމީހުންނާއެކު ފޮނުވިމީހުންގާތު މިދަންނަ ބޭކަލުންތައް ބުނީ رَجَمُ ކުރުން ނޫން އެހެން حكم އެއް ކުރައްވައިފިއްޔާ قبول ކުރާށެވެ! އެހެންކަމަށްވަންޏާ އެއީ ހަމަ އާދައިގެ ރަސްކަލެކެވެ. އަދި رَجَمُ ކުރުމަށް حكم ކުރައްވައިފިއްޔާ ދެން ކަލޭމެން އަވަހަށް ރައްކާތެރިވާށެވެ. އެގޮތް قبول ނުކުރާށެވެ! ދެން އެދެމީހުންނާއިގެން އެކަލޭގެފާނުންގެ އަރިހަށް ނިޔާކުރަންދިއުމުން އެކަލޭގެފާނު ވަޑައިގެންނެވީ يهودي ންގެ ދަންނަބޭކަލުންގެ އަރިހަށެވެ. އަދި އެމީހުން ކިބައިން އެދިވަޑައިގަތީ އެންމެބޮޑަށް ދަންނަމީހާއާއި ބައްދަލުކުރައްވާށެވެ. ދެން އެމީހުން ދެއްކީ عَبْدُ ﷲ بْن صُورِيَا ކިޔާ މީހެކެވެ. އަދި ދެންނެވިއެވެ. މިއީ توراة ގެ خبر އެންމެބޮޑަށް ދަންނަމީހާއެވެ. ދެން އެކަލޭގެފާނު އެމީހާ ގޮވައިގެން ވަޑައިގެން އެކަނި ބައިންދާފައި حديث ކުރެއްވިއެވެ. مُحْصَن އަކު ޒިނޭކުރީމާ توراة ގައި އޮންނަ حكم އެއް އެނގޭހެއްޔެވެ؟ އެމީހާ ދެންނެވިއެވެ. އާދޭހެވެ. (އެއީ رَجَمُ ކުރުމެވެ.) އަދި އެމީހާ ދެންނެވިއެވެ. އޭ أبو القاسم އެވެ. ކަލޭގެފާނަކީ ކަނޑައެޅިގެން نبي އަކުކަން އެމީހުން ރަނގަޅަށް ދަނެއެވެ. އެހެންނަމަވެސް އެމީހުން ކަލޭގެފާނަށް حسد ވެރިވަނީއެވެ. ދެން رسول ﷲ ﷺ ނުކުމެވަޑައިގެން އެދެމީހުން رَجَمُ ކުރުމަށް أمر ކުރެއްވީއެވެ. ދެން އޭގެފަހުގައި عَبْدُ ﷲ بْن صُورِيَا އަލުންވެސް ކާފަރުވީއެވެ. ދެން އެކަމާ ގުޅިގެން މިއާޔަތް ބާވައިލެއްވިކަމުގައިވިއެވެ. = تفسير الطبري =
Verse 41
۞ يَـٰٓأَيُّهَا ٱلرَّسُولُ لَا يَحْزُنكَ ٱلَّذِينَ يُسَـٰرِعُونَ فِى ٱلْكُفْرِ مِنَ ٱلَّذِينَ قَالُوٓا۟ ءَامَنَّا بِأَفْوَٰهِهِمْ وَلَمْ تُؤْمِن قُلُوبُهُمْ ۛ وَمِنَ ٱلَّذِينَ هَادُوا۟ ۛ سَمَّـٰعُونَ لِلْكَذِبِ سَمَّـٰعُونَ لِقَوْمٍ ءَاخَرِينَ لَمْ يَأْتُوكَ ۖ يُحَرِّفُونَ ٱلْكَلِمَ مِنۢ بَعْدِ مَوَاضِعِهِۦ ۖ يَقُولُونَ إِنْ أُوتِيتُمْ هَـٰذَا فَخُذُوهُ وَإِن لَّمْ تُؤْتَوْهُ فَٱحْذَرُوا۟ ۚ وَمَن يُرِدِ ٱللَّهُ فِتْنَتَهُۥ فَلَن تَمْلِكَ لَهُۥ مِنَ ٱللَّهِ شَيْـًٔا ۚ أُو۟لَـٰٓئِكَ ٱلَّذِينَ لَمْ يُرِدِ ٱللَّهُ أَن يُطَهِّرَ قُلُوبَهُمْ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌ ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ
Transliteration yāayyuhā l-rasūlu lā yaḥzunka alladhīna yusāriʿūna fī l-kuf'ri mina alladhīna qālū āmannā bi-afwāhihim walam tu'min qulūbuhum wamina alladhīna hādū sammāʿūna lil'kadhibi sammāʿūna liqawmin ākharīna lam yatūka yuḥarrifūna l-kalima min baʿdi mawāḍiʿihi yaqūlūna in ūtītum hādhā fakhudhūhu wa-in lam tu'tawhu fa-iḥ'dharū waman yuridi l-lahu fit'natahu falan tamlika lahu mina l-lahi shayan ulāika alladhīna lam yuridi l-lahu an yuṭahhira qulūbahum lahum fī l-dun'yā khiz'yun walahum fī l-ākhirati ʿadhābun ʿaẓīmun
Dhivehi އޭ رسول ﷲ އެވެ! އެމީހުންގެ ހިތްތައް އީމާންނުވެ ހަމައެކަނި އެމީހުންގެ އަނގަތަކުން ތިމަންނާމެން އީމާންވެއްޖައީމޭ ބުނާމީހުންގެ ތެރެއިން ކާފަރުކަމަށް އަވަސްވެގަންނަމީހުން ކަލޭގެފާނު ހިތާމަފުޅުކުރުވިޔަ ނުދެއްވާށެވެ! އެބަހީ އެމީހުންގެ ސަބަބަން ހިތާމަފުޅު ނުކުރައްވާށެވެ! (އެއީ عَبْدُ ﷲ بْن صُورِيَا ފަދަމީހުންނެވެ.) އަދި ދޮގުބަސްތައް އަހާ يهودي ންގެ ސަބަބުންވެސް ހިތާމަފުޅު ނުކުރައްވާށެވެ! (އެމީހުން އަހަނީ އެމީހުންގެ ދަންނަބޭކަލުންގެ ދޮގުބަސްތަކެވެ.) އަދި އެއީ حكم ހޯދުމަށް ކަލޭގެފާނުންގެ އަރިހަށް އައިމީހުންނާއެކު ނާންނަ ބަޔަކަށް ދޮގުބަސް އަހައިގެން ގެންދާ މީހުންނެވެ. އަދި އެމީހުންބަސް ބަދަލުކޮށް އޮޅުވާހަދަނީއެވެ. ބާވައިލެއްވިއިރު އޮތްގޮތްނޫން އެހެންގޮތްގޮތަށް ބަދަލުކުރަނީއެވެ. އަދި އެމީހުން ބުނެއެވެ. އެކަލޭގެފާނު ކަލޭމެނަށް މި حكم ކުރައްވައިފިއްޔާ (އެބަހީ رَجَمُ ކުރުން ނޫން އެހެން حكم އެއް ކުރައްވައިފިއްޔާ އަވަހަށް ހިފާށެވެ! قبول ކުރާށެވެ!) އަދި އެހެން حكم އެއް ކުރައްވައިފިއްޔާ ބިރުވެތިވާށެވެ! قبول ނުކުރާށެވެ! (މިއީ އެމީހުންގެ ދަންނަބޭކަލުން އާދައިގެ މީހުންނަށް ބުނެދޭގޮތެވެ.) ދެންފަހެ ﷲ އެމީހަކު މަގުފުރައްދަވާ فِتْنَة ވެރިކުރެއްވުމަށް އިރާދަކުރައްވައިފި މީހަކާމެދު (އެމީހަކު ތެދުމަގަށް ގެނައުމަށް) ކަލޭގެފާނަށް އެއްވެސްކަމެއް ﷲ ގެ حضرة ން މިލްކުވެގެން ނުވެއެވެ. އެފަދަމީހުންނީ ﷲ تعالى އެމީހުންގެ ހިތްތައް طاهر ކުރެއްވުމަށް އިރާދަނުކުރައްވާ މީހުންނެވެ. އެމީހުންނަށް ދުނިޔޭގައި ހުރީ ދެރަނިކަމެތިކަމެވެ. އަދި އެމީހުންނަށް آخرة ގައި ކަނޑައެޅިގެން ހުރީ ބޮޑުވެގެންވާ عذاب އެވެ. މިއާޔަތް ބާވައިލެއްވުނު މުނާސަބަތު އެކިގޮތްގޮތަށް بيان ކުރައްވާފައި مفسّر ންވެއެވެ. އޭގެ ތެރެއިން އެންމެ معتبر ގޮތެއްކަމުގައި ބެލެވޭގޮތް މިބަޔާންކުރީއެވެ. والله أعلم.
Verse 42
سَمَّـٰعُونَ لِلْكَذِبِ أَكَّـٰلُونَ لِلسُّحْتِ ۚ فَإِن جَآءُوكَ فَٱحْكُم بَيْنَهُمْ أَوْ أَعْرِضْ عَنْهُمْ ۖ وَإِن تُعْرِضْ عَنْهُمْ فَلَن يَضُرُّوكَ شَيْـًٔا ۖ وَإِنْ حَكَمْتَ فَٱحْكُم بَيْنَهُم بِٱلْقِسْطِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ
Transliteration sammāʿūna lil'kadhibi akkālūna lilssuḥ'ti fa-in jāūka fa-uḥ'kum baynahum aw aʿriḍ ʿanhum wa-in tuʿ'riḍ ʿanhum falan yaḍurrūka shayan wa-in ḥakamta fa-uḥ'kum baynahum bil-qis'ṭi inna l-laha yuḥibbu l-muq'siṭīna
Dhivehi އެމީހުންނަކީ ދޮގު باطل ވާހަކަތައް އަހާމީހުންނެވެ. އަދި رشوة ކެއުން ގިނަމީހުންނެވެ. ދެންފަހެ އެމީހުން (حكم އެދިގެން) ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއްޔާ ދެން އެމީހުންގެމެދުގައި حكم ކުރައްވާށެވެ! ނުވަތަ އެމީހުންގެ ކިބައިން އެނބުރި ފުރަގަސްދެއްވަވާށެވެ! އަދި ކަލޭގެފާނު އެމީހުންގެ ކިބައިން އެނބުރި ފުރަގަސްދެއްވިޔަސް ކަލޭގެފާނަށް އެއްވެސް ގެއްލުމެއް އުނދަގުލެއް އެމީހުންނަކަށް ނުކުރެވޭނެއެވެ. އަދި ކަލޭގެފާނު حكم ކުރައްވަންޏާ އެމީހުންގެމެދުގައި ހަމަ عَدْلُ ވެރިކޮށް حكم ކުރައްވާށެވެ! ހަމަކަށަވަރުން عَدْلُ ވެރިވާ މީހުންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.
Verse 43
وَكَيْفَ يُحَكِّمُونَكَ وَعِندَهُمُ ٱلتَّوْرَىٰةُ فِيهَا حُكْمُ ٱللَّهِ ثُمَّ يَتَوَلَّوْنَ مِنۢ بَعْدِ ذَٰلِكَ ۚ وَمَآ أُو۟لَـٰٓئِكَ بِٱلْمُؤْمِنِينَ
Transliteration wakayfa yuḥakkimūnaka waʿindahumu l-tawrātu fīhā ḥuk'mu l-lahi thumma yatawallawna min baʿdi dhālika wamā ulāika bil-mu'minīna
Dhivehi އަދި އެމީހުން ކަލޭގެފާނު حكم ކުރައްވާ ބޭކަލަކުކަމުގައި ލާންވީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ އެމީހުންގެ އަތުގައި توراة ވެއެވެ. އެފޮތުގައި (ޒިނޭކުރުމާމެދުވެސް) ﷲ ގެ حكم ވެއެވެ. ދެން އެމީހުން އެ حكم އަށްފަހުވެސް އެނބުރި ފުރަގަސްދެނީއެވެ. (އަދި އެމީހުން ކަލޭގެފާނުންގެ އަރިހުން حكم ހޯދުމުގެ مقصد އަކީ އެމީހުން ބަދަލުކުރި ނުބައި حكم އާއި އެއްގޮތަށް ކަލޭގެފާނު حكم ކުރައްވައިތޯއެވެ.) އަދި އެމީހުން مؤمن ންކަމުގައި ނުވެއެވެ.
Verse 44
إِنَّآ أَنزَلْنَا ٱلتَّوْرَىٰةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا ٱلنَّبِيُّونَ ٱلَّذِينَ أَسْلَمُوا۟ لِلَّذِينَ هَادُوا۟ وَٱلرَّبَّـٰنِيُّونَ وَٱلْأَحْبَارُ بِمَا ٱسْتُحْفِظُوا۟ مِن كِتَـٰبِ ٱللَّهِ وَكَانُوا۟ عَلَيْهِ شُهَدَآءَ ۚ فَلَا تَخْشَوُا۟ ٱلنَّاسَ وَٱخْشَوْنِ وَلَا تَشْتَرُوا۟ بِـَٔايَـٰتِى ثَمَنًا قَلِيلًا ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلْكَـٰفِرُونَ
Transliteration innā anzalnā l-tawrāta fīhā hudan wanūrun yaḥkumu bihā l-nabiyūna alladhīna aslamū lilladhīna hādū wal-rabāniyūna wal-aḥbāru bimā us'tuḥ'fiẓū min kitābi l-lahi wakānū ʿalayhi shuhadāa falā takhshawū l-nāsa wa-ikh'shawni walā tashtarū biāyātī thamanan qalīlan waman lam yaḥkum bimā anzala l-lahu fa-ulāika humu l-kāfirūna
Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ توراة ބާވައިލެއްވީމެވެ. އެފޮތުގައި ތެދުމަގާއި (ދީނުގެ حكم ގައި އަނދިރިވެފައިވާތަންތަނަށް) نور ވެއެވެ. އަލިކަންވެއެވެ. އަދި (محمّد ﷺ ފަދައިން) އިސްލާމްވެވަޑައިގެން ތިއްބެވި نبي ބޭކަލުން އެފޮތުން يهودي ންނަށް حكم ކުރައްވައެވެ. އަދި رَبَّانِىُّ ންނާއި އެމީހުންގެ عالم ންވެސް ﷲ ގެފޮތުން (އެބަހީ توراة ން) އެމީހުންނަށް ދަސްވެފައިވާ ތަކެތީން حكم ކުރައްވައެވެ. އަދި އެބޭބޭކަލުން ކަނޑައެޅިގެން އޭގެމައްޗަށް އެބަހީ توراة ގެމައްޗަށް ހެކިދެއްވާ ބޭކަލުންކަމުގައިވިއެވެ. ފަހެ ކަލޭމެން މީސްތަކުންދެކެ ބިރުނުގަންނާށެވެ. އަދި ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! އަދި ކުޑައަގަކަށް ތިމަންރަސްކަލާނގެ އާޔަތްތައް ނުވިއްކާށެވެ. (ދުނިޔޭގެ މިފަނާވެދަނިވި އެތިކޮޅަކަށް އާޔަތްތަކުގެ حكم ބަދަލުނުކުރާށެވެ!) އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރާމީހުން (ދަންނައެވެ!) ފަހެ ކަނޑައެޅިގެން އެމީހުން އެއީ ކާފަރުންނެވެ.
Verse 45
وَكَتَبْنَا عَلَيْهِمْ فِيهَآ أَنَّ ٱلنَّفْسَ بِٱلنَّفْسِ وَٱلْعَيْنَ بِٱلْعَيْنِ وَٱلْأَنفَ بِٱلْأَنفِ وَٱلْأُذُنَ بِٱلْأُذُنِ وَٱلسِّنَّ بِٱلسِّنِّ وَٱلْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِۦ فَهُوَ كَفَّارَةٌ لَّهُۥ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ
Transliteration wakatabnā ʿalayhim fīhā anna l-nafsa bil-nafsi wal-ʿayna bil-ʿayni wal-anfa bil-anfi wal-udhuna bil-udhuni wal-sina bil-sini wal-jurūḥa qiṣāṣun faman taṣaddaqa bihi fahuwa kaffāratun lahu waman lam yaḥkum bimā anzala l-lahu fa-ulāika humu l-ẓālimūna
Dhivehi އަދި توراة ގައި ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް އެބަހީ يهودي ންގެމައްޗަށް قِصَاص ހިފުން ލިއުއްވާ فرض ކުރެއްވީމެވެ. އެއީ نفس އަކަށް نفس އެކެވެ. (އެބަހީ އެއްވެސް حقّ އަކާއި ނުލައި ހަމަ قصد ގައި މީހަކު މަރައިފިނަމަ އެމަރުވި نفس ގެ ބަދަލުގައި އޭނާ މެރިމީހާ މެރުމެވެ.) އަދި ލޮލަކަށް ލޮލެކެވެ. (އެބަހީ މީހެއްގެ ލޮލަށް ގެއްލުމެއްކޮށް ލޯ ހަލާކުކޮށްފިއްޔާ އެކަންކުރިމީހާގެ ލޯވެސް ހަމައެގޮތަށް ހަލާކު ކުރުމަށެވެ. ދެން މިގޮތަށް) ނޭފަތަކަށް ނޭފަތެއް - ކަންފަތަކަށް ކަންފަތެއް - ދަތަކަށް ދަތެއް - އަދި زخم ތަކާއި ކުރި ފާރުތަކަށްވެސް قصاص ހިފުން ކަނޑައެޅުއްވީމެވެ. އަދި މިފަދަ ކޮންމެ قصاص އަކަށްވަނީ އަގުލެއްވުމެވެ. އަނެއްމީހާގެ ގުނަވަން ހަލާކު ކޮށްލުމެއްނޫނެވެ. އެއަގުތައް ކަނޑައެޅި މިންވަރުވެގެންވެއެވެ. ދެންފަހެ އެއިން صدقاة ކޮށްފި މީހާ ދަންނައެވެ. (އެބަހީ އެ އަނިޔާއެއްކުރިމީހާއަށް އަނިޔާލިބުނު ފަރާތުން عفو ކޮށްފިއްޔާ) އެއީ އޭނާގެ ފާފަތަކަށްވާ كفّارة އެކެވެ. އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރާ މީހުން (ދަންނައެވެ!) ފަހެ ކަނޑައެޅިގެން އެމީހުން އެއީ އަނިޔާވެރިންނެވެ.
Verse 46
وَقَفَّيْنَا عَلَىٰٓ ءَاثَـٰرِهِم بِعِيسَى ٱبْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ ۖ وَءَاتَيْنَـٰهُ ٱلْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ
Transliteration waqaffaynā ʿalā āthārihim biʿīsā ib'ni maryama muṣaddiqan limā bayna yadayhi mina l-tawrāti waātaynāhu l-injīla fīhi hudan wanūrun wamuṣaddiqan limā bayna yadayhi mina l-tawrāti wahudan wamawʿiẓatan lil'muttaqīna
Dhivehi އަދި އެބޭކަލުންގެ އަސަރުތަކުގެމައްޗަށް އެބަހީ މާތްވެގެންވާ نبي ބޭކަލުންނާ تبع ކުރައްވައިހަމަ އެ قواعد ން مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެއީ އެކަލޭގެފާނު ވަޑައިގަތުމުގެކުރީގައިވާ توراة ތެދުކުރައްވާ حال ގައެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إنجيل ދެއްވީމެވެ. އެފޮތުގައި ތެދުމަގާއި نور ވެއެވެ. (ދީނުގެ ކަންކަމުގައި އަލިކަންވެއެވެ.) އަދި އެފޮތްވަނީ އޭގެކުރީގައިވާ توراة ތެދުކުރާ حال ގައެވެ. އަދި تقوى ވެރިންނަށްވާ ތެދުމަގާއި وعظ އާއި نصيحة ގެ ގޮތުންނެވެ.
Verse 47
وَلْيَحْكُمْ أَهْلُ ٱلْإِنجِيلِ بِمَآ أَنزَلَ ٱللَّهُ فِيهِ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ
Transliteration walyaḥkum ahlu l-injīli bimā anzala l-lahu fīhi waman lam yaḥkum bimā anzala l-lahu fa-ulāika humu l-fāsiqūna
Dhivehi އަދި إنجيل ގެ أهل ވެރިން އެފޮތުގައި ﷲ ބާވައިލައްވާފައިވާ حكم ން حكم ކުރާހުށިކަމެވެ! އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރިމީހުން (ދަންނައެވެ!) ފަހެ އެމީހުން އެއީ ކަނޑައެޅިގެން فاسق ންނެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބައެކެވެ.)\n• ދަންނައެވެ! قصاص ހިފުމުގެ މި حكم ތަކުގެ تفصيل ތައް حديث ފޮތްތަކާއި فقه ގެ ފޮތްތަކުގައި ބަޔާންވެގެންވެއެވެ. އެވާހަތަކުގައި علم ވެރިން ހިސާބަކަށް ބަސްތަފާތުވެފައިވާތީ އޭގެތެރެއަށް އަދި ނުވަނީއެވެ.
Verse 48
وَأَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَـٰبِ وَمُهَيْمِنًا عَلَيْهِ ۖ فَٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ عَمَّا جَآءَكَ مِنَ ٱلْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَآءَ ٱللَّهُ لَجَعَلَكُمْ أُمَّةً وَٰحِدَةً وَلَـٰكِن لِّيَبْلُوَكُمْ فِى مَآ ءَاتَىٰكُمْ ۖ فَٱسْتَبِقُوا۟ ٱلْخَيْرَٰتِ ۚ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ
Transliteration wa-anzalnā ilayka l-kitāba bil-ḥaqi muṣaddiqan limā bayna yadayhi mina l-kitābi wamuhayminan ʿalayhi fa-uḥ'kum baynahum bimā anzala l-lahu walā tattabiʿ ahwāahum ʿammā jāaka mina l-ḥaqi likullin jaʿalnā minkum shir'ʿatan wamin'hājan walaw shāa l-lahu lajaʿalakum ummatan wāḥidatan walākin liyabluwakum fī mā ātākum fa-is'tabiqū l-khayrāti ilā l-lahi marjiʿukum jamīʿan fayunabbi-ukum bimā kuntum fīhi takhtalifūna
Dhivehi (އޭ رسول ﷲ ﷺ އެވެ!) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ހަމަ حقّ ގޮތުގައި ފޮތް ބާވައިލެއްވީމެވެ. ކީރިތި قرآن ބާވައިލެއްވީމެވެ. (އެއީ ﷲ ބާވައިލެއްވި) ހުރިހާ ފޮތެއްވެސް ތެދުކުރާ حال ގައި އެފޮތްތަކުގެ މައްޗަށް ރައްކާތެރިވެ ހެކިވާ އަމާނާތްތެރި ފޮތެއްކަމުގައެވެ. (އެހެންހުރިހާ ފޮތެއްވެސް އެފޮތަށް ތާއީދުކޮށް އެހެން ފޮތްތަކަށް حكم ކުރާ ފޮތެއްގެ ގޮތުގައެވެ.) އަދި އެމީހުންގެމެދުގައި ﷲ ބާވައިލެއްވި حكم ން حكم ކުރައްވާށެވެ! އަދި އެމީހުންގެ އަމިއްލައެދުމާއި ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! حقّ ގެތެރެއިން ކަލޭގެފާނުންގެ އަރިހަށް އައިތަކެތި އައުމަށްފަހުގައި އެތަކެތި ދޫކުރައްވައި (އެމީހުންގެ هواى نفس އާއި تبع ވެވަޑައިނުގަންނަވާށެވެ!) ކަލޭމެންކުރެ ކޮންމެ ބަޔަކަށް / ކޮންމެ أمّة އަކަށް ތިމަންރަސްކަލާނގެ شريعة އަކާއި ބަޔާންވެގެންވާ މަގެއްލެއްވީމެވެ. އަދި ﷲ އެދިވޮޑިގެންނެވިނަމަ ކަލޭމެން އެންމެން އެއް أمّة އަކަށް ލައްވައިފީހެވެ. އަދި އެހެންނަމަވެސް (އެކަލާނގެ ކަލޭމެން ތަފާތު أمّة ތަކަކަށް ލެއްވީ) އެކަލާ ނގެ ކަލޭމެންނަށް ދެއްވިތަކެތީން (ފޮތްތަކުގައި އެންގެވި އެންގެވުންތަކުން) ކަލޭމެން إمتحان ކުރެއްވުމަށެވެ. ފަހެ ކަލޭމެން ހެޔޮކަންތައްތައް ކުރުމުގައި އަވަސްވެ ވާދަކުރާށެވެ! ކަލޭމެން އެންމެން އެނބުރި رجوع ވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ. ދެން އެކަމަކާމެދު ކަލޭމެން ދެބަސްވެ إختلاف ވާކަމުގައި ވީކަންތަކުގެ خبر އެކަލާނގެ ކަލޭމެނަށް ދެއްވާނެއެވެ.
Verse 49
وَأَنِ ٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ وَلَا تَتَّبِعْ أَهْوَآءَهُمْ وَٱحْذَرْهُمْ أَن يَفْتِنُوكَ عَنۢ بَعْضِ مَآ أَنزَلَ ٱللَّهُ إِلَيْكَ ۖ فَإِن تَوَلَّوْا۟ فَٱعْلَمْ أَنَّمَا يُرِيدُ ٱللَّهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ لَفَـٰسِقُونَ
Transliteration wa-ani uḥ'kum baynahum bimā anzala l-lahu walā tattabiʿ ahwāahum wa-iḥ'dharhum an yaftinūka ʿan baʿḍi mā anzala l-lahu ilayka fa-in tawallaw fa-iʿ'lam annamā yurīdu l-lahu an yuṣībahum bibaʿḍi dhunūbihim wa-inna kathīran mina l-nāsi lafāsiqūna
Dhivehi އަދި (ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތްބާވައިލެއްވީ) ﷲ ބާވައިލެއްވި حكم ން އެމީހުންގެމެދުގައި حكم ކުރެއްވުމަށެވެ. (އެގޮތަށް حكم ކުރައްވާށެވެ!) އަދި އެމީހުންގެ (އެބަހީ يهودي ންނާއި ދެންވެސް އެބާބުގެ އެންމެންގެ) هواى نفس އާއި އެމީހުންގެ އަމިއްލައެދުމާއި ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! އަދި ﷲ ކަލޭގެފާނަށް ބާވައިލެއްވި ބައެއް ތަކެތި ފިޔަވައި އެމީހުން ކަލޭގެފާނު فتنة ވެރިކޮށްފާނެކަމާއިމެދު ކަލޭގެފާނު އެމީހުންނަށް ބިރުވެތިވެވަޑައި ނުގަންނަވާށެވެ! (އޭރުން އެބަހީ ބިރުވެތިވެ ވަޑައިގެންފިއްޔާ އެމީހުން އެދޭގޮތަކަށް ކަލޭގެފާނަށް حكم ކުރެވިދާނެއެވެ. އެފަދަ ކަންތަކަށް ހުޝިޔާރުވެ ވަޑައިގަންނަވާށެވެ!) ދެންފަހެ އެމީހުން ކަލޭގެފާނުންގެ ބަސްފުޅު ނުއަހައި އެނބުރި ފުރަގަސްދީފިއްޔާ ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ އެދިވޮޑިގަންނަވަނީ އެމީހުން ކުރި ބައެއް ފާފައިގެ ސަބަބުން އެމީހުންނަށް مصيبة ޖެއްސެވުމަށެވެ. عقوبة އަވަސްކުރެއްވުމަށެވެ. އަދި ހަމަކަށަވަރުން މީސްތަކުންކުރެ ގިނަމީހުންނަކީ ކަނޑައެޅިގެން قاسق ންނެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.)
Verse 50
أَفَحُكْمَ ٱلْجَـٰهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ ٱللَّهِ حُكْمًا لِّقَوْمٍ يُوقِنُونَ
Transliteration afaḥuk'ma l-jāhiliyati yabghūna waman aḥsanu mina l-lahi ḥuk'man liqawmin yūqinūna
Dhivehi އެމީހުން ފަހެ އެއެދެނީ جاهليّة ޒަމާނު حكم ހެއްޔެވެ؟ (އެބަހީ رسول ﷲ ﷺ ގެ حكم އަށް ނުރުހޭ މީހުން އެއެދެނީ جاهليّة ގެ حكم އެވެ. އެއީ ބުދަށް އަޅުކަންކުރާމީހުންގެ حكم އެވެ. ﷲ ގެ حكم އެއްނޫނެވެ.) އަދި ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން قبول ކުރާބަޔަކަށް حكم ކުރުމުގެ ގޮތުން ﷲ އަށްވުރެ ވަކިންހެޔޮވެގެންވަނީ ކާކުހެއްޔެވެ؟ އެބަހީ އެއަށްވުރެ ރަނގަޅު حكم އެއްކުރާނެ އެކަކުވެސް ނުވެއެވެ.
Verse 51
۞ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْيَهُودَ وَٱلنَّصَـٰرَىٰٓ أَوْلِيَآءَ ۘ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُۥ مِنْهُمْ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ
Transliteration yāayyuhā alladhīna āmanū lā tattakhidhū l-yahūda wal-naṣārā awliyāa baʿḍuhum awliyāu baʿḍin waman yatawallahum minkum fa-innahu min'hum inna l-laha lā yahdī l-qawma l-ẓālimīna
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! يهودي ންނާއި نصارى އިން އެއީ ސަހަރޯވެރި نصر ވެރިންކަމުގައި ކަލޭމެން ނުބަލާށެވެ. إختيار ނުކުރާށެވެ! އެމީހުންގެ އެއްބަޔަކު އެއީ އަނެއްބައެއްގެ ސަހަރޯވެރި نصر ވެރިންނެވެ. (ކޮންމެބަޔަކީވެސް مؤمن ންނާއި އިދިކޮޅު މީހުންނެވެ.) އަދި ކަލޭމެންކުރެން އެމީހުން އެއީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ހަދައިފިބަޔަކު އެއީ ހަމަ އެމީހުންގެ މީހުންނެވެ. (ލަނޑަޔާ ވާނީ ލަނޑަޔާއެވެ.) ހަމަކަށަވަރުން އަނިޔާވެރިބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.
Verse 52
فَتَرَى ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يُسَـٰرِعُونَ فِيهِمْ يَقُولُونَ نَخْشَىٰٓ أَن تُصِيبَنَا دَآئِرَةٌ ۚ فَعَسَى ٱللَّهُ أَن يَأْتِىَ بِٱلْفَتْحِ أَوْ أَمْرٍ مِّنْ عِندِهِۦ فَيُصْبِحُوا۟ عَلَىٰ مَآ أَسَرُّوا۟ فِىٓ أَنفُسِهِمْ نَـٰدِمِينَ
Transliteration fatarā alladhīna fī qulūbihim maraḍun yusāriʿūna fīhim yaqūlūna nakhshā an tuṣībanā dāiratun faʿasā l-lahu an yatiya bil-fatḥi aw amrin min ʿindihi fayuṣ'biḥū ʿalā mā asarrū fī anfusihim nādimīna
Dhivehi (އޭ رسول ﷲ އެވެ!) ފަހެ އެބައެއްގެ ހިތްތަކުގައި (منافق ކަމުގެ) ބަލިހުރިމީހުން އެ يهودي ންނާއި نصارى އިންނާ ދިމާއަށް އަވަސްވާތީ (އެމީހުން ސަހަރޯވެރިކަމަށް އެދި އަވަސްވާތީ) ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. (އދ. އިންނާ ޔުނިސެފުންނާ ޑަބްލިޔޫ. އެޗް. އޯ އިންނާއި. ދެންވެސް އެމީހުންގެ ފަރާތުން އެހީތައް ހޯދުމަށް އަވަސްވާނެއެވެ.) އަދި ބުނެއެވެ. ޒަމާން ދައުރުކުރުމުގެ ތެރޭގައި އަހުރެމެންނަށް (އެބަހީ يهودي ންނާއި نصارى އިންގެގާތަށް ދާންޖެހިދާނެއެވެ. އެހެންވެ އެމީހުންނަކީ ބޮޑެތިމީހުން ކަމުގައި ކުރީންސުރެ ބަލަނީއެވެ.) ދެންފަހެ ﷲ تعالى ކޮންމެވެސް فتح އެއް (مؤمن ންނަށް) ދެއްވައިފިއްޔާ (مكة فتح ކޮށްދެއްވައިފިއްޔާ) ނުވަތަ އެކަލާނގެ حضرة ން ކޮންމެވެސް އެހެންކަމެއް އެބަހީ يهودي ންނާއި نصارى އިން އަތުން جِزْىَ ނެގޭނެގޮތް ހަމަޖައްސަވައިދެއްވައިފިއްޔާ ދެން އޭރުން އެމީހުން އެބަހީ ހިތުގައި نفاق ކަންހުރިމީހުން منافق ން އެމީހުންގެ ހިތްތަކުގައި ވަންހަނާކުރި ކަންތަކާއިމެދު ހިތާމަކުރާ ބަޔަކުކަމުގައި ވެދެއެވެ.
Verse 53
وَيَقُولُ ٱلَّذِينَ ءَامَنُوٓا۟ أَهَـٰٓؤُلَآءِ ٱلَّذِينَ أَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ ۙ إِنَّهُمْ لَمَعَكُمْ ۚ حَبِطَتْ أَعْمَـٰلُهُمْ فَأَصْبَحُوا۟ خَـٰسِرِينَ
Transliteration wayaqūlu alladhīna āmanū ahāulāi alladhīna aqsamū bil-lahi jahda aymānihim innahum lamaʿakum ḥabiṭat aʿmāluhum fa-aṣbaḥū khāsirīna
Dhivehi مُنَافق ންނާއި ދިމާއަށް مؤمن ން ބުނާނެއެވެ. ހަމަކަށަވަރުން އެމީހުންވަނީ ކަލޭމެން مؤمن ންނާ އެކުގައިކަމަށް ގަދަހުވައިން ހުވައިކުރީ މިމީހުންހެއްޔެވެ؟ އެމީހުންގެ ހެޔޮ عمل ތައް باطل ވީއެވެ. ދެން އެމީހުން ގެއްލިހަލާކުވެގެންވާ ބަޔަކުކަމުގައިވާނެއެވެ.
Verse 54
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَـٰفِرِينَ يُجَـٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌ
Transliteration yāayyuhā alladhīna āmanū man yartadda minkum ʿan dīnihi fasawfa yatī l-lahu biqawmin yuḥibbuhum wayuḥibbūnahu adhillatin ʿalā l-mu'minīna aʿizzatin ʿalā l-kāfirīna yujāhidūna fī sabīli l-lahi walā yakhāfūna lawmata lāimin dhālika faḍlu l-lahi yu'tīhi man yashāu wal-lahu wāsiʿun ʿalīmun
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެތެރެއިން މީހަކު އޭނާގެ ދީނުން ބޭރުވެ مُرْتَدُّ ވުމަކުން (ﷲ އަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ.) ފަހެ ނިކަންހުރެ ﷲ އެހެންބަޔަކު ގެންނަވައިފާނެއެވެ. އެބަޔަކު ދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަދި އެމީހުންވެސް އެކަލާނގެއަށް ލޯބިވާ އަދި އެބަޔަކު مؤمن ންނަށް ނުހަނު އޯގާވެރި ނިކަމެތި އަދި ކާފަރުންގެމައްޗަށް ނުހަނު ގަދަފަދަ އަދި އެމީހުން ﷲ ގެމަގުގައި جهاد ކުރާ އަދި އެމީހުން (ﷲ އަށްޓަކައި) މަލާމާތްކުރާމީހެއްގެ މަލާމާތަކަށް ބިރުނުގަންނާނެއެވެ. އެއީ އެބަހީ އިސްވެދިޔަ ސިފަތައް ލިބުމަކީ ﷲ ގެ فضل ވަންތަކަމެވެ. އެ فضل ވަންތަކަން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ދެއްވައެވެ. އަދި ﷲއީ ދީލަތިވަންތަކަން ނުހަނު ތަނަވަސްވެވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 55
إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُوا۟ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُمْ رَٰكِعُونَ
Transliteration innamā waliyyukumu l-lahu warasūluhu wa-alladhīna āmanū alladhīna yuqīmūna l-ṣalata wayu'tūna l-zakata wahum rākiʿūna
Dhivehi ކަލޭމެން (مؤمن ންގެ) ސަހަރޯވެރިންކަމުގައިވާކަން ކަށަވަރީ ﷲ އާއި އެކަލާނގެ رسول އާ އާއި އަދި ނަމާދު قائم ކޮށް ركوع ކުރާ حال ގައިވެސް زكاة ދޭ مؤمن ންނެވެ. އެބަހީ އެބައިމީހުން ނުހަނު މަޑުމޮޅިކަމާއި ބިރުވެރިކަމާއިއެކު ކިޔަމަންވެތިބެ ނަމާދުކޮށް ޒަކާތްދޭ މީހުންނެވެ. / އަދި މިއާޔަތުގެ تفسير ލިއުއްވި ބައެއް مشهور ބޭކަލުން އެހެން ނުގުތާއެއް ފާހަގަކުރައްވާފައިވެއެވެ. އެއީ: عَلىّ رضى ﷲ عنه ركوع ގައި އޮންނަވަނިކޮށް މީހަކު އައިސް ސަލާމްޖެހުމުން ركوع ގައި އޮންނަވާފައި އެކަލޭގެފާނުންގެ އަގޮޓިފުޅު އެމީހާއަށް صدقاة އަކަށް ދެއްވިއެވެ. މިއެވެ. މިއާޔަތުގައި މިވަނީ އެވާހަކަކަމުގައި مفسّر ން ލިއުއްވިއެވެ. = تفسيرالطبري =
Verse 56
وَمَن يَتَوَلَّ ٱللَّهَ وَرَسُولَهُۥ وَٱلَّذِينَ ءَامَنُوا۟ فَإِنَّ حِزْبَ ٱللَّهِ هُمُ ٱلْغَـٰلِبُونَ
Transliteration waman yatawalla l-laha warasūlahu wa-alladhīna āmanū fa-inna ḥiz'ba l-lahi humu l-ghālibūna
Dhivehi އަދި ﷲ އާއި އެކަލާނގެ رسول އާ އާއި އަދި އީމާންވީމީހުން އެއީ ތިމާމެންގެ ولِى ންކަމުގައި ބަލައި ހަމަޖައްސައިފިބަޔަކު (ދަންނައެވެ! އެއީ ގަދަވާނެ މީހުންނެވެ. އެއީ ﷲ ގެ جماعة އެވެ.) ފަހެ ހަމަކަށަވަރުން ﷲ ގެ جماعة އެއީ ކަނޑައެޅިގެން ގަދަވާނެ މީހުންނެވެ.
Verse 57
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلَّذِينَ ٱتَّخَذُوا۟ دِينَكُمْ هُزُوًا وَلَعِبًا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ وَٱلْكُفَّارَ أَوْلِيَآءَ ۚ وَٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ
Transliteration yāayyuhā alladhīna āmanū lā tattakhidhū alladhīna ittakhadhū dīnakum huzuwan walaʿiban mina alladhīna ūtū l-kitāba min qablikum wal-kufāra awliyāa wa-ittaqū l-laha in kuntum mu'minīna
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ ކުރިން ފޮތްދެއްވުނުމީހުންކުރެ - އެބަހީ يهودي ންނާއި نصارى އިންކުރެ ކަލޭމެން مؤمن ންގެ دين އެއީ ބޭކާރު އަދި ކުޅިވަރު އެއްޗެއްކަމުގައި ތާކުންތާކުނުޖެހޭ އެއްޗެއްކަމުގައި ހަދައިލިމީހުންނާ އަދި ސީދާ ކާފަރުން އެއީ ތިމާމެންގެ ސަހަރޯވެރި نصر ވެރިންކަމުގައި ކަލޭމެން مؤمن ން ނުހަދާށެވެ! އެމީހުން إختيار ނުކުރާށެވެ! އަދި ކަލޭމެންނީ مؤمن ންކަމުގައިވަންޏާ ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! تقوى ވެރިވާށެވެ! (އެމީހުންނީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ނުހަދާށެވެ!)
Verse 58
وَإِذَا نَادَيْتُمْ إِلَى ٱلصَّلَوٰةِ ٱتَّخَذُوهَا هُزُوًا وَلَعِبًا ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ
Transliteration wa-idhā nādaytum ilā l-ṣalati ittakhadhūhā huzuwan walaʿiban dhālika bi-annahum qawmun lā yaʿqilūna
Dhivehi (އޭ مؤمن ންނޭވެ!) ކަލޭމެން ނަމާދަށް (ބަންގި) ގޮވައިފިއްޔާ އެމީހުން (އެބަހީ: يهودي ންނާއި نصارى އިންނާ ދެންވެސް އެހެނިހެން مشرك ން) ކަލޭމެން އެގޮވި ބަންގިޔާމެދު ބަލަނީ ކުޅިވަރު އަދި ބޭކާރު އެއްޗެއްގެގޮތުގައެވެ. އެގޮތަށް އެމީހުން އެކަން އެކުރަނީ އެމީހުންނަކީ ބޮލަށް އެއްޗެއް ނުވިސްނޭ - އަދި ބުއްދީގެ ބޭނުން ނުކުރާ ބަޔަކުކަމުގައިވާތީއެވެ. (އެހެނީ ބަންގިގޮވީމާ ނަމާދަށް ދިއުމުގައިހުރި ދަރުމަޔާ ސަވާބު އެނގޭނަމަ އަދި އެކަމަށް މަލާމާތްކޮށް ފުރައްސާރަކުރުމުގައި ހުރި عذاب އެމީހުންނަށް އެނގޭނަމަ އެމީހުން އެހެން ނުހެދީހެވެ.)
Verse 59
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ هَلْ تَنقِمُونَ مِنَّآ إِلَّآ أَنْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ مِن قَبْلُ وَأَنَّ أَكْثَرَكُمْ فَـٰسِقُونَ
Transliteration qul yāahla l-kitābi hal tanqimūna minnā illā an āmannā bil-lahi wamā unzila ilaynā wamā unzila min qablu wa-anna aktharakum fāsiqūna
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭމިތިބަ أهل كتاب ންނޭވެ! ކަލޭމެން އަހުރެމެންދެކެ ނުރުހެނީ ނުވަތަ ރުޅިއަންނަނީ އަހުރެމެން ﷲ އަށާއި އަދި އަހުރެމެންނަށް ބާވައިލެއްވި ތަކެއްޗަށާއި އަދި އަހުރެމެންގެ ކުރީ ބާވައިލެއްވުނު ތަކެއްޗަށް އަހުރެމެން إيمان ވާތީކަމުގައިމެނުވީ ނުވެއެވެ. އަދި ހަމަކަށަވަރުން ކަލޭމެންކުރެ ގިނަމީހުންނަކީ فاسق ންނެވެ.
Verse 60
قُلْ هَلْ أُنَبِّئُكُم بِشَرٍّ مِّن ذَٰلِكَ مَثُوبَةً عِندَ ٱللَّهِ ۚ مَن لَّعَنَهُ ٱللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ ٱلْقِرَدَةَ وَٱلْخَنَازِيرَ وَعَبَدَ ٱلطَّـٰغُوتَ ۚ أُو۟لَـٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ عَن سَوَآءِ ٱلسَّبِيلِ
Transliteration qul hal unabbi-ukum bisharrin min dhālika mathūbatan ʿinda l-lahi man laʿanahu l-lahu waghaḍiba ʿalayhi wajaʿala min'humu l-qiradata wal-khanāzīra waʿabada l-ṭāghūta ulāika sharrun makānan wa-aḍallu ʿan sawāi l-sabīli
Dhivehi ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ގެ حضرة ގައި جزاء ދެއްވުމުގެގޮތުން އެއަށްވުރެ މާނުބައިކަމެއްގެ ވާހަކައިން އަހުރެން ކަލޭމެނަށް خبر ދެންހެއްޔެވެ؟ އެމީހަކަށް ﷲ لعنة ލެއްވިމީހެއްގެ لعنة މާނުބައެވެ. އެމީހާ މާނުބައެވެ. އަދި އެމީހަކަށް ﷲ ކޯފާލެއްވި މީހާ މާނުބައެވެ. އަދި އެމީހުންގެތެރެއިން ރާމާމަކުނާއި އޫރުންކަމުގައި (އެގޮތަށް އެސިފަޔަށް) އެކަލާނގެ އެމީހުންގެ ސިފަ ބަދަލުކުރެއްވި މީހުންވެއެވެ. އަދި އެމީހުންގެ ތެރޭގައި طاغوت އަށް އަޅުކަންކުރިމީހުން އެތަކެއްޗަށް خدمة ކުރިމީހުން އެކަލާނގެ ލެއްވިއެވެ. (މިއީ ހައްތާވެސް يهودي ންގެ މީސްމީހުންނެވެ. އެއީ އެމީހުންގެ ނުކިޔަމަންތެރިކަމުން އެމީހުންނަށް ﷲ ލެއްވި ކޯފާއެވެ. އޭގެ އަސަރެވެ.) ފަހެ މިމީސްމީހުން قيامة ދުވަހުން އެމީހުން ތިބެންޖެހޭތަނުގެ ގޮތުން މާނުބައެވެ. (އެއީ ނަރަކައެވެ.) އަދި މަގުގެގޮތުން އެމީހުން ފުރެދުންމާބޮޑެވެ.
Verse 61
وَإِذَا جَآءُوكُمْ قَالُوٓا۟ ءَامَنَّا وَقَد دَّخَلُوا۟ بِٱلْكُفْرِ وَهُمْ قَدْ خَرَجُوا۟ بِهِۦ ۚ وَٱللَّهُ أَعْلَمُ بِمَا كَانُوا۟ يَكْتُمُونَ
Transliteration wa-idhā jāūkum qālū āmannā waqad dakhalū bil-kuf'ri wahum qad kharajū bihi wal-lahu aʿlamu bimā kānū yaktumūna
Dhivehi އަދި އެމީހުން ކަލޭމެން ގާތައް އަތުވެއްޖެއްޔާ ބުނެއެވެ. އަހުރެމެން އީމާންވެއްޖައީމެވެ. އަދި އެމީހުން އެހެންބުނެ (ކަލޭމެންގެގާތަށް) އައިއިރުވެސް އެމީހުންގެ ހިތުގައި ކާފަރުކަން ވަންހަނާވެގެންވެއެވެ. އަދި ހަމަކަށަވަރުން އެމީހުން (ކަލޭމެންގާތުން) ނުކުމެގެންދިޔައީވެސް ކާފަރުކަމުގައެވެ. އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާކުރާކަމުގައި ވީކަންތައް (އެބަހީ ކާފަރުކަން) ﷲ ދެނެވޮޑިގަތުން ބޮޑެވެ.
Verse 62
وَتَرَىٰ كَثِيرًا مِّنْهُمْ يُسَـٰرِعُونَ فِى ٱلْإِثْمِ وَٱلْعُدْوَٰنِ وَأَكْلِهِمُ ٱلسُّحْتَ ۚ لَبِئْسَ مَا كَانُوا۟ يَعْمَلُونَ
Transliteration watarā kathīran min'hum yusāriʿūna fī l-ith'mi wal-ʿud'wāni wa-aklihimu l-suḥ'ta labi'sa mā kānū yaʿmalūna
Dhivehi އަދި އެމީހުންކުރެ ގިނަބަޔަކު (އެބަހީ يهودي ންކުރެ ގިނަމީހުން) ފާފަކުރުމުގައްޔާއި عداوة ތެރިވުމުގައްޔާއި އަދި رشوة ކެއުމުގައި އަވަސްވެގަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ހަމަކަށަވަރުންވެސް އެމީހުން އެކުރާ ކަންތައްތަކަކީ ނުބައިވެގެންވާ ކަންތައްތަކެއްކަން ކަށަވަރެވެ.
Verse 63
لَوْلَا يَنْهَىٰهُمُ ٱلرَّبَّـٰنِيُّونَ وَٱلْأَحْبَارُ عَن قَوْلِهِمُ ٱلْإِثْمَ وَأَكْلِهِمُ ٱلسُّحْتَ ۚ لَبِئْسَ مَا كَانُوا۟ يَصْنَعُونَ
Transliteration lawlā yanhāhumu l-rabāniyūna wal-aḥbāru ʿan qawlihimu l-ith'ma wa-aklihimu l-suḥ'ta labi'sa mā kānū yaṣnaʿūna
Dhivehi އެމީހުންގެ ބޮޑެތި إمام ންނާއި އެމީހުންގެ عَالِمُ ން އެމީހުންގެ އެފާފަވެރި ބަސްބުނުމުންނާއި އަދި އެމީހުންގެ އެ رشوة ކެއުމުން އެމީހުން މަނާ ނުކުރާނަމަ ހަމަކަށަވަރުން އެމީހުން އެކުރަނީ (އެބަހީ އެބޮޑެތި إمام ންނާއި عَالِمُ ން އެކުރަނީ) ނުބައިވެގެންވާ ކަންތައްތައްކަން ކަށަވަރެވެ.
Verse 64
وَقَالَتِ ٱلْيَهُودُ يَدُ ٱللَّهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا۟ بِمَا قَالُوا۟ ۘ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ ۚ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَـٰنًا وَكُفْرًا ۚ وَأَلْقَيْنَا بَيْنَهُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۚ كُلَّمَآ أَوْقَدُوا۟ نَارًا لِّلْحَرْبِ أَطْفَأَهَا ٱللَّهُ ۚ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا ۚ وَٱللَّهُ لَا يُحِبُّ ٱلْمُفْسِدِينَ
Transliteration waqālati l-yahūdu yadu l-lahi maghlūlatun ghullat aydīhim waluʿinū bimā qālū bal yadāhu mabsūṭatāni yunfiqu kayfa yashāu walayazīdanna kathīran min'hum mā unzila ilayka min rabbika ṭugh'yānan wakuf'ran wa-alqaynā baynahumu l-ʿadāwata wal-baghḍāa ilā yawmi l-qiyāmati kullamā awqadū nāran lil'ḥarbi aṭfa-ahā l-lahu wayasʿawna fī l-arḍi fasādan wal-lahu lā yuḥibbu l-muf'sidīna
Dhivehi އަދި يهودي ން ބުނެއެވެ. ﷲ ގެ އަތްޕުޅުވަނީ ހޭދަނުކުރައްވަންވެގެން ކަސްތަޅު އެޅެވި ބަންދުކުރެވިފައެވެ. (އެބަހުން އެމީހުން مُراد ކުރަނީ ﷲ بَخِيْلُ ކަމުގައެވެ.) އެމީހުންގެ އަތްތައް ކަސްތަޅު އެޅެވިއްޖެއެވެ. (އެބަހުން މުރާދުކުރެވެނީ އެމީހުން بَخِيْلُ ކުރެއްވުމަށް ވާ دعاء އެއްކަމަށެވެ. ނުވަތަ ދުނިޔޭގައި އެމީހުން ހައްޔަރުވެ އެމީހުންގެ އަތްތައް ކަސްތަޅުއެޅޭނެ ވާހަކަޔާ آخرة ދުވަހުން އެމީހުންގެ އަތްތައް عذاب ން ކަސްތަޅުއެޅެވޭނެ ވާހަކައެވެ. والله أعلم)\nއަދި ކިއެއްހެއްޔެވެ؟ އެކަލާނގެ އަތްޕުޅުވަނީ (ހޭދަކުރެއްވުމުގެގޮތުން) މުޅިން ފަތުރާލާ ނިއުޅާލާފައެވެ. އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް އެދިވޮޑިގެންނެވިފަދައަކުން އެކަލާނގެ ހޭދަކުރައްވައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވޭތަކެތީގެ ސަބަބުން އެމީހުންކުރެ ގިނަމީހުންނަށް ހަމަކަށަވަރުން އިތުރުވެގެންދަނީ إنْكَارُ ކުރުމުގައި ހައްދުފަހަނަޅައިދިއުމާއި ﷲ ގެ މާތްކަމާއި މަތިވެރިކަމަށް ދެކޮޅުހެދުމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންގެމެދުގައި (އެބަހީ يهودي ންނާއި نصارى އިންގެމެދުގައި) عداوة ތެރިކަމާއި ރުޅިވެރިކަން قيامة ދުވަހަށްދާންދެން ލެއްވީމެވެ. އެމީހުން ހަނގުރާމައިގެ އަލިފާންގަނޑެއް ރޯކޮށްލާ ކޮންމެހިނދެއްގައި ﷲ އެ އަލިފާންގަނޑެއް ނިއްވަވައިލައްވައެވެ. އަދި އެމީހުން ބިންގަނޑު ފަސާދަކުރުމަށް މަސައްކަތްކުރަނީއެވެ. (އެއީ ﷲ ގެ އާޔަތްތަކަށް ކާފަރުވުމާއި އަދި ރަސޫލުބޭކަލުން ދޮގުކުރުމާއި އަދި އެކަލާނގެ أمر އާއި ނަހީއާއި خلاف ވުމެވެ. އެއީ ބިންފަސާދަކުރުމެވެ.) އަދި ފަސާދަކުރާމީހުންނަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.
Verse 65
وَلَوْ أَنَّ أَهْلَ ٱلْكِتَـٰبِ ءَامَنُوا۟ وَٱتَّقَوْا۟ لَكَفَّرْنَا عَنْهُمْ سَيِّـَٔاتِهِمْ وَلَأَدْخَلْنَـٰهُمْ جَنَّـٰتِ ٱلنَّعِيمِ
Transliteration walaw anna ahla l-kitābi āmanū wa-ittaqaw lakaffarnā ʿanhum sayyiātihim wala-adkhalnāhum jannāti l-naʿīmi
Dhivehi އަދި ހަމަކަށަވަރުން يهودي ންނާއި نصارى އިން (ﷲ އަށާ محمّد ﷺ އަށް) އީމާންވެ (އެކަލާނގެ أمر ފުޅުތަކާއި ނަހީތަކަށް) ރައްކާތެރިވެ تقوى ވެރިވީނަމަ ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ފާފަތައް ފުއްސަވައި އެމީހުންގެ ކިބައިން އެކަންކަން ނެތިކުރައްވާހުށީމެވެ. އަދި ހަމަކަށަވަރުން نعمة ތަކުގެ ވެރި ސުވަރުގެތަކަށް ތިމަންރަސްކަލާނގެ އެމީހުން ވައްދަވާހުށީމެވެ.
Verse 66
وَلَوْ أَنَّهُمْ أَقَامُوا۟ ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا۟ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم ۚ مِّنْهُمْ أُمَّةٌ مُّقْتَصِدَةٌ ۖ وَكَثِيرٌ مِّنْهُمْ سَآءَ مَا يَعْمَلُونَ
Transliteration walaw annahum aqāmū l-tawrāta wal-injīla wamā unzila ilayhim min rabbihim la-akalū min fawqihim wamin taḥti arjulihim min'hum ummatun muq'taṣidatun wakathīrun min'hum sāa mā yaʿmalūna
Dhivehi އަދި އެމީހުން ހަމަކަށަވަރުން توراة އާއި إنجيل އާއި قائم ކުރިނަމަ (އެދެފޮތުގައިވާފަދައަކުން عمل ކުރިނަމަ އަދި އެމީހުންގެ ربّ ގެ حضرة ން އެމީހުންނަށް ބާވައިލައްވާފައިވާ ތަކެއްޗަށްވެސް (އެބަހީ މި ކީރިތި قرآن އަށްވެސް) އެމީހުން عمل ކުރިނަމަ އެމީހުންގެ މަތީންނާއި އަދި އެމީހުންގެ ފައިގެދަށުންވެސް އެމީހުން ކެއީހެވެ. (އެބަހީ އެމީހުންނަށްވާ ރިޒުގުގެ أصل ކަމުގައިވާ ވާރޭފެން އެމީހުންނަށް ވެހި ބިމުގެ އެންމެހައި خَيْرَات ތަކެއް އެމީހުންނަށް ލިބުނީހެވެ.) އެމީހުންގެތެރޭގައި (عيسى عليه السّلام އާއިމެދުވެސް) ތެދުބަސްބުނާ عدل ވެރި މީހުންވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން އެކުރާ ކަންތައް ނުބައިވެގެންވެއެވެ.
Verse 67
۞ يَـٰٓأَيُّهَا ٱلرَّسُولُ بَلِّغْ مَآ أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُۥ ۚ وَٱللَّهُ يَعْصِمُكَ مِنَ ٱلنَّاسِ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ
Transliteration yāayyuhā l-rasūlu balligh mā unzila ilayka min rabbika wa-in lam tafʿal famā ballaghta risālatahu wal-lahu yaʿṣimuka mina l-nāsi inna l-laha lā yahdī l-qawma l-kāfirīna
Dhivehi އޭ رسول އާއެވެ! - محمّد ﷺ އެވެ! ކަލޭގެފާނުންގެ ربّ ގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވޭތަކެތި ކަލޭގެފާނު އިއްވަވާށެވެ! (رسول ކަން އަދާކުރައްވާށެވެ!) ކަލޭގެފާނު ފަހެ އެކަން ނުކުރެއްވިއްޔާ (އެންމެ އާޔަތެއް އެންމެ أمر ފުޅެއްވެސް ނުއިއްވަވައި ވަންހަނާކުރައްވައިފިއްޔާ) ކަލޭގެފާނު އެކަލާނގެ رسول ކަން ނުއިއްވަމުއެވެ. އަދި ﷲ تعالى މީސްތަކުންގެ ކިބައިން (މީސްތަކުންގެ ނުރައްކަލުން) ކަލޭގެފާނު ސަލާމަތްކޮށްދެއްވާނެއެވެ. ހަމަކަށަވަރުން ކާފަރުވެއްޖެބަޔަކަށް ﷲ تعالى ތެދުމަގު ނުދައްކަވައެވެ.
Verse 68
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لَسْتُمْ عَلَىٰ شَىْءٍ حَتَّىٰ تُقِيمُوا۟ ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ ۗ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَـٰنًا وَكُفْرًا ۖ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ
Transliteration qul yāahla l-kitābi lastum ʿalā shayin ḥattā tuqīmū l-tawrāta wal-injīla wamā unzila ilaykum min rabbikum walayazīdanna kathīran min'hum mā unzila ilayka min rabbika ṭugh'yānan wakuf'ran falā tasa ʿalā l-qawmi l-kāfirīna
Dhivehi އޭ رسول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އޭ يهودي ންނާއި نصارى އިންނެވެ. توراة އާއި إنجيل އާއި އަދި ކަލޭމެންގެ ربّ ގެ حضرة ން ކަލޭމެނަށް ބާވައިލެއްވޭ ތަކެއްޗަށްވެސް (އެބަހީ محمّد ﷺ އަށް ބާވައިލެއްވޭ ތަކެއްޗަށްވެސް) ކަލޭމެން އީމާންވެ عمل ކޮށްފުމަށް ދާންދެން ކަލޭމެން އެދެފޮތަށް عمل ކުރިބަޔަކު ކަމުގައި ނުވެއެވެ. (އެހެނީ އެދެފޮތުގައި محمّد ﷺ ގެ خبر ތައް صريح ކޮށްވާނެއެވެ. ވީމާ އެހުރިހާ ތަކެއްޗަށް عمل ކޮށްފުމަށްދާންދެން ކަލޭމެން އެއްވެސް ފޮތެއްގެ هداية ގައިވީކަމަކަށް ނުބެލެވޭނެއެވެ.) އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވޭތަކެތީގެ ސަބަބުން އެމީހުންކުރެ ގިނަބަޔަކަށް އިންކާރުކުރުމާ ނުކިޔަމަންތެރިވުމުގައި ހައްދުފަހަނަޅައިގަތުމާއި މެނުވީ އިތުރު ނުވެއެވެ. ﷲ އަށް ދެކޮޅުހަދައި ކާފަރުވުން އިތުރުވާކަން ކަށަވަރެވެ. ކާފަރު ބައެއްގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ.
Verse 69
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـُٔونَ وَٱلنَّصَـٰرَىٰ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
Transliteration inna alladhīna āmanū wa-alladhīna hādū wal-ṣābiūna wal-naṣārā man āmana bil-lahi wal-yawmi l-ākhiri waʿamila ṣāliḥan falā khawfun ʿalayhim walā hum yaḥzanūna
Dhivehi އަދި ހަމަކަށަވަރުން إيمان ވީމީހުންނާއި އަދި يهودي ވީ މީހުންނާއި صابئ އިންނާއި (އެއީ ملائكة ންނަށް އަޅުކަންކުރި މީހުންނެވެ. / ނުވަތަ دين އެއް ނެތް މީހުންނެވެ.) އަދި نصارى އިންނާއި މިއެންމެންވެސް ﷲ އަށާއި آخرة ދުވަހަށް އީމާންވެ އަދި صالح عمل ކޮށްފިނަމަ އެމީހުންގެމައްޗަށް އެއްވެސްބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެމީހުން ނުވެއެވެ. • ދަންނައެވެ. محمّد ﷺ رسول ކަމާއިގެން ފޮނުއްވުމަށްފަހު މިއެންމެންވެސް އީމާންވީކަމުގައި ބެލެވޭނީ އެކަލޭގެފާނުންގެ رسول ކަން ތެދުކޮށް އެކަލޭގެފާނަށް އީމާންވުމުންނެވެ.
Verse 70
لَقَدْ أَخَذْنَا مِيثَـٰقَ بَنِىٓ إِسْرَٰٓءِيلَ وَأَرْسَلْنَآ إِلَيْهِمْ رُسُلًا ۖ كُلَّمَا جَآءَهُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُهُمْ فَرِيقًا كَذَّبُوا۟ وَفَرِيقًا يَقْتُلُونَ
Transliteration laqad akhadhnā mīthāqa banī is'rāīla wa-arsalnā ilayhim rusulan kullamā jāahum rasūlun bimā lā tahwā anfusuhum farīqan kadhabū wafarīqan yaqtulūna
Dhivehi ހަމަކަށަވަރުން بني إسرائيل ގެ ކިބައިން ތިމަންރަސްކަލާނގެ عهد ކަށަވަރު ހިއްޕެވީމެވެ. (ތިމަންރަސްކަލާނގެ އެއްކައުވަންތަކުރުމަށާއި އަމުރާ ނަހީއަށް ކިޔަމަންތެރިވުމުގެ މައްޗަށެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުންގެގާތަށް رسول ން ފޮނުއްވީމެވެ. (ދެންފަހެ) އެމީހުންގެ هواى نفس ނުއެދޭ ކަމަކާއިގެން رسول ބޭކަލަކު ވަޑައިގެންނެވި ކޮންމެހިނދެއްގައި އޭގެ އެއްބަޔަކު އެ رسول ގެ رسول ކަން ދޮގުކުރެއެވެ. އަދި އަނެއްބަޔަކު އެ رسول އާ قتل ކުރެއެވެ.
Verse 71
وَحَسِبُوٓا۟ أَلَّا تَكُونَ فِتْنَةٌ فَعَمُوا۟ وَصَمُّوا۟ ثُمَّ تَابَ ٱللَّهُ عَلَيْهِمْ ثُمَّ عَمُوا۟ وَصَمُّوا۟ كَثِيرٌ مِّنْهُمْ ۚ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ
Transliteration waḥasibū allā takūna fit'natun faʿamū waṣammū thumma tāba l-lahu ʿalayhim thumma ʿamū waṣammū kathīrun min'hum wal-lahu baṣīrun bimā yaʿmalūna
Dhivehi އަދި އެމީހުން ހީކުރީ އެމީހުންނަށް (އެކަމުގެ ސަބަބުން) އެއްވެސް إمتحان އެއް عقوبة އެއް ނާންނާނެކަމަށެވެ. ފަހެ އެމީހުން حقّ މަގުން ކަނުވެ އަނދިރިވެ (ތެދުމަގުގެ كلمة އެއް) ނުއިވޭނޭގޮތުން ބީރުބަޔަކުކަމުގައި (مَعْنَوِى ގޮތުން) ވެއްޖެއެވެ. ދެން އަލުންވެސް (ތިމަންރަސްކަލާނގެ އޯގާވަންތަކަމުން) އެމީހުންނަށް توبة ލެއްވީމެވެ. ދެން އަލުންވެސް އޭގެތެރެއިން ގިނަމީހުން ކަނުވެ ބީރުވެއްޖެއެވެ. (ތެދުމަގަކަށް ނުބަލައި حقّ ބަހެއް ނުއެހިއެވެ.) އަދި އެމީހުން އެކުރާ ކަންތައް ﷲ ދެނެވޮޑިގެންވެއެވެ.
Verse 72
لَقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۖ وَقَالَ ٱلْمَسِيحُ يَـٰبَنِىٓ إِسْرَٰٓءِيلَ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۖ إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍ
Transliteration laqad kafara alladhīna qālū inna l-laha huwa l-masīḥu ub'nu maryama waqāla l-masīḥu yābanī is'rāīla uʿ'budū l-laha rabbī warabbakum innahu man yush'rik bil-lahi faqad ḥarrama l-lahu ʿalayhi l-janata wamawāhu l-nāru wamā lilẓẓālimīna min anṣārin
Dhivehi ހަމަކަށަވަރުން ﷲ އެއީ مريم ގެ ދަރިކަލުން اَلْمَسِيْحُ އޭ (عيسى ގެފާނޭ) ބުނިމީހުން يقين ނުންވެސް ކާފަރުވެއްޖެއެވެ. އަދި اَلْمَسِيْحُ يعني: عيسى (عليه السّلام) ވިދާޅުވިއެވެ. އޭ بني إسرائيل ންނޭވެ. ތިމަންކަލޭގެފާނާއި އަދި ކަލޭމެންގެވެސް رَبُّ ކަމުގައިވާ ﷲ އަށް ކަލޭމެން އަޅުކަންކުރާށެވެ. ހަމަކަށަވަރުން ﷲ އަށް شريك ކޮށްފިމީހާ (ދަންނައެވެ.) ފަހެ އެމީހާގެ މައްޗަށް ﷲ ސުވަރުގެ حرام ކުރެއްވިއެވެ. އަދި އޭނާ قيامة ދުވަހުން ގޮސް އޮންނާނޭ ތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް އެއްވެސް نصر ވެރިއެއް ނުވެއެވެ.
Verse 73
لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ ثَالِثُ ثَلَـٰثَةٍ ۘ وَمَا مِنْ إِلَـٰهٍ إِلَّآ إِلَـٰهٌ وَٰحِدٌ ۚ وَإِن لَّمْ يَنتَهُوا۟ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابٌ أَلِيمٌ
Transliteration laqad kafara alladhīna qālū inna l-laha thālithu thalāthatin wamā min ilāhin illā ilāhun wāḥidun wa-in lam yantahū ʿammā yaqūlūna layamassanna alladhīna kafarū min'hum ʿadhābun alīmun
Dhivehi ހަމަކަށަވަރުން ﷲ އެއީ ތިނެއްގެތެރެއިން ތިންވަނައެވެ ބުނިމީހުން ކާފަރުވެއްޖެއެވެ. (نصارى އިންގެ ބައެއް فِرْقَة ދެކޭ ގޮތުގައި ﷲ އެއީ = سُبْحَانَهُ وَتَعَالى އާއި عيسى عليه السّلام އާއި مريم ގެފާނެވެ. އަދި މިނޫންގޮތްގޮތަށް ބުނާ فِرْقَة ވެސް ވެއެވެ.) އަދި ހަމަ އެންމެ إله އެއްމެނުވީ އެހެން އެއްވެސް إله އެއް ނުވެއެވެ. (އެއީ ﷲ އެވެ.) އަދި އެމީހުން އެބުނާ ބަސްބުނުމުން އެމީހުން ހުއްޓައިނުލިއްޔާ (އެމީހުން އެއީ ކާފަރުންކަމުގައި ބެލެވޭނެއެވެ.) އެމީހުންގެތެރެއިން ކާފަރުވީ މިސްތަކުންނަށް ހަމަކަށަވަރުން ވޭންދެނިވި عذاب އެއް ޖެހޭނެކަން ކަށަވަރެވެ.
Verse 74
أَفَلَا يَتُوبُونَ إِلَى ٱللَّهِ وَيَسْتَغْفِرُونَهُۥ ۚ وَٱللَّهُ غَفُورٌ رَّحِيمٌ
Transliteration afalā yatūbūna ilā l-lahi wayastaghfirūnahu wal-lahu ghafūrun raḥīmun
Dhivehi އެމީހުން ފަހެ ﷲ އަށް توبة ވެ އެކަލާނގެ حضرة އަށް رجوع ނުވާނެ ބާވައެވެ؟ އަދި އެކަލާނގެ حضرة ގައި ފާފަފުއްސެވުމަށް ނުދަންނަވާނެ ބާވައެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުކަލާނގެއެވެ.
Verse 75
مَّا ٱلْمَسِيحُ ٱبْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّيقَةٌ ۖ كَانَا يَأْكُلَانِ ٱلطَّعَامَ ۗ ٱنظُرْ كَيْفَ نُبَيِّنُ لَهُمُ ٱلْـَٔايَـٰتِ ثُمَّ ٱنظُرْ أَنَّىٰ يُؤْفَكُونَ
Transliteration mā l-masīḥu ub'nu maryama illā rasūlun qad khalat min qablihi l-rusulu wa-ummuhu ṣiddīqatun kānā yakulāni l-ṭaʿāma unẓur kayfa nubayyinu lahumu l-āyāti thumma unẓur annā yu'fakūna
Dhivehi مريم ގެފާނުންގެ ދަރިކަލުން المَسِيْح އެއީ ހަމަ رسول ބޭކަލަކުކަމުގައި މެނުވީ ނުވެއެވެ. އެއީ އެކަލޭގެފާނުންގެ ކުރީ އިސްވެދިޔަ رسول ންފަދަ رسول އެކެވެ. އަދި އެކަލޭގެފާނުންގެ މަންމާފުޅަކީ ތެދުވެރި ބޭކަނބަލެކެވެ. صِدِّيْقَة އެކެވެ. އެދެމައިކަނބަލުންވެސް ކާނާ ފަރިއްކުޅުއްވައެވެ. (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އެމީހުންނަށް دليل ތައް ބަޔާންކޮށްދެއްވާގޮތް ނިކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ދެން އެބައިމީހުން ދޮގުހަދަމުންދާގޮތް (އެނބުރިދާގޮތް) ނިކަން ދެކެވަޑައިގަންނަވާށެވެ!
Verse 76
قُلْ أَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَلَا نَفْعًا ۚ وَٱللَّهُ هُوَ ٱلسَّمِيعُ ٱلْعَلِيمُ
Transliteration qul ataʿbudūna min dūni l-lahi mā lā yamliku lakum ḍarran walā nafʿan wal-lahu huwa l-samīʿu l-ʿalīmu
Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ނުދޭތަކެއްޗަށް އަދި މަންފާއެއްވެސް ކަލޭމެންނަށް ނުދޭ ތަކެއްޗަށް ﷲ ފިޔަވައި ކަލޭމެން އަޅުކަންކުރަނީހެއްޔެވެ؟ އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.
Verse 77
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لَا تَغْلُوا۟ فِى دِينِكُمْ غَيْرَ ٱلْحَقِّ وَلَا تَتَّبِعُوٓا۟ أَهْوَآءَ قَوْمٍ قَدْ ضَلُّوا۟ مِن قَبْلُ وَأَضَلُّوا۟ كَثِيرًا وَضَلُّوا۟ عَن سَوَآءِ ٱلسَّبِيلِ
Transliteration qul yāahla l-kitābi lā taghlū fī dīnikum ghayra l-ḥaqi walā tattabiʿū ahwāa qawmin qad ḍallū min qablu wa-aḍallū kathīran waḍallū ʿan sawāi l-sabīli
Dhivehi އޭ أَهْلُ كِتَاب ންނޭވެ! (އޭ يهودي ންނާއި نصارى އިންނޭވެ!) ކަލޭމެން ކަލޭމެންގެ دِيْنُ ގައި އެއްވެސް حقّ އެއްނެތި غُلُوُّ ނުކުރާށެވެ! (مَدَحَ ކިއުމުގައި ހައްދުފަހަނަޅައިގެން ނުދާށެވެ! (عيسى (عليه السّلام) އަކީ ﷲ އެއްނޫނެވެ. އެއީ ހަމަ ﷲ ފޮނުއްވި رسول ބޭކަލެކެވެ. حقّ ގޮތަކީ އެއީއެވެ.) އަދި މީގެކުރިން ހަމަކަށަވަރުން މަގުފުރެދިފައިވާ ބަޔަކުގެ هواى نفس އާއި އެމީހުންގެ އަމިއްލަ އެދުމާއި ކަލޭމެން تبع ނުވާށެވެ! އަދި އެމީހުން (އެމީހުންނާ تبع ވީ) އެތައްބަޔަކު މަގުފުރެއްދިއެވެ. އަދި އެމީހުން އަމިއްލައަށްވަނީ ސީދާމަގުން ފުރެދިފައެވެ.
Verse 78
لُعِنَ ٱلَّذِينَ كَفَرُوا۟ مِنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ لِسَانِ دَاوُۥدَ وَعِيسَى ٱبْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ
Transliteration luʿina alladhīna kafarū min banī is'rāīla ʿalā lisāni dāwūda waʿīsā ib'ni maryama dhālika bimā ʿaṣaw wakānū yaʿtadūna
Dhivehi داؤد عليه السّلام އާއި عيسى عليه السّلام އާއި ދެބޭކަލުންގެ ދޫފުޅުމަތީން بني إسرائيل ންނަށް لعنة ލެވިއްޖެއެވެ. އެއީ އެމީހުންގެ އުރެދުމުގެ ސަބަބުންނާއި އަދި އެމީހުން ހައްދުފަހަނަޅައިގަތުމުގެ ސަބަބުންނެވެ.
Verse 79
كَانُوا۟ لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا۟ يَفْعَلُونَ
Transliteration kānū lā yatanāhawna ʿan munkarin faʿalūhu labi'sa mā kānū yafʿalūna
Dhivehi އެމީހުންވީ އެމީހުންކުރާ مُنْكَرَاة ން ހުއްޓައިނުލާ އަދި އެހެންމީހުންކުރާ مُنْكَرَاة ނަހީނުކުރާބަޔަކު ކަމުގައެވެ. ހަމަކަށަވަރުން އެމީހުން ކުރާކަމުގައި އެވީ ކަންތަކަކީ ނުބައިވެގެންވާ ކަންތައްތައްކަން يقين އެވެ.
Verse 80
تَرَىٰ كَثِيرًا مِّنْهُمْ يَتَوَلَّوْنَ ٱلَّذِينَ كَفَرُوا۟ ۚ لَبِئْسَ مَا قَدَّمَتْ لَهُمْ أَنفُسُهُمْ أَن سَخِطَ ٱللَّهُ عَلَيْهِمْ وَفِى ٱلْعَذَابِ هُمْ خَـٰلِدُونَ
Transliteration tarā kathīran min'hum yatawallawna alladhīna kafarū labi'sa mā qaddamat lahum anfusuhum an sakhiṭa l-lahu ʿalayhim wafī l-ʿadhābi hum khālidūna
Dhivehi (އޭ رسول ﷲ އެވެ!) އެމީހުންކުރެ ގިނަމީހުން ކާފަރުންނަށް އެމީހުންގެ ސަހަރޯވެރިކަންދީ އެމީހުންނީ ތިމާމެންގެ نصر ވެރި ސަހަރޯވެރިންކަމުގައި ހަދާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ހަމަކަށަވަރުން އެމީހުންގެ نفس ތައް އެއިސްކުރިކަންތައް ނުބައިވެގެންވެއެވެ. އެއީ ﷲ ގެ ކޯފާ އެމީހުންގެމައްޗަށް ލެއްވުމެވެ. އަދި އެމީހުން قيامة ދުވަހުން ދެމިތިބޭނީ ހަމަ عذاب ގައެވެ.
Verse 81
وَلَوْ كَانُوا۟ يُؤْمِنُونَ بِٱللَّهِ وَٱلنَّبِىِّ وَمَآ أُنزِلَ إِلَيْهِ مَا ٱتَّخَذُوهُمْ أَوْلِيَآءَ وَلَـٰكِنَّ كَثِيرًا مِّنْهُمْ فَـٰسِقُونَ
Transliteration walaw kānū yu'minūna bil-lahi wal-nabiyi wamā unzila ilayhi mā ittakhadhūhum awliyāa walākinna kathīran min'hum fāsiqūna
Dhivehi އަދި އެމީހުން ﷲ އަށާއި نبي އާ އަށާއި އަދި އެކަލޭގެފާނަށް ބާވައިލެއްވުނު ތަކެއްޗަށް އީމާންވާނަމަ އެއްގޮތަކަށްވެސް އެކާފަރުން އެއީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ބަލައި إختيار ނުކުރީހެވެ. އަދި އެހެނެއްކަމަކު އެމީހުންކުރެ ގިނަމީހުންނަކީ فاسق ންނެވެ.
Verse 82
۞ لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةً لِّلَّذِينَ ءَامَنُوا۟ ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا۟ ۖ وَلَتَجِدَنَّ أَقْرَبَهُم مَّوَدَّةً لِّلَّذِينَ ءَامَنُوا۟ ٱلَّذِينَ قَالُوٓا۟ إِنَّا نَصَـٰرَىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ
Transliteration latajidanna ashadda l-nāsi ʿadāwatan lilladhīna āmanū l-yahūda wa-alladhīna ashrakū walatajidanna aqrabahum mawaddatan lilladhīna āmanū alladhīna qālū innā naṣārā dhālika bi-anna min'hum qissīsīna waruh'bānan wa-annahum lā yastakbirūna
Dhivehi ކަނޑައެޅިގެން (محمّد ﷺ އަށް) އީމާންވެގެންވާ މީސްތަކުންނަށް عداوة ތެރިކަން އެންމެގަދަވެގެންވަނީ يهودي ންނާއި އަދި مُشْرك ންކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އަދި އީމާންވީ މީސްތަކުންނަށް އެންމެވެސް ލޯބިވެތިވުން ގާތްބަޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނީ ތިމާމެންނީ نصارى އިންނޭ ބުނާމީހުންނެވެ. އެހެން އެވީ އެމީހުންގެތެރޭގައި قِسِّيسِين ންނާއި رَاهِبُ ން ތިބީމައެވެ. (قِسِّيسِين އަކީ: عَالِمُ ންނާއި، އަޅުވެރިންނާ تَبَعَ ވާމީހުންނެވެ. حقّ ހޯދުމަށް މަސައްކަތްކުރާ / މީސްތަކުންނަށް އުގަންނައިދޭ މީހުންނެވެ. رَاهب ންނަކީ ފައްޅިހަދައިގެން އަޅުކަންކުރަންގޮސްތިބޭ އަޅުވެރިންނެވެ.) = زُبْدَةُ التَّفْسِيْر =\nއަދި ހަމަކަށަވަރުން އެމީހުން (يهودي ންފަދައިން) މީސްތަކުންގެމައްޗަށް ކިބުރުވެރިވެ ބޮޑާވެ ނުގަންނާނެއެވެ. އަދި ކިއެއްހެއްޔެވެ؟ تَوَاضُعُ ވެރިވާނެއެވެ.
Verse 83
وَإِذَا سَمِعُوا۟ مَآ أُنزِلَ إِلَى ٱلرَّسُولِ تَرَىٰٓ أَعْيُنَهُمْ تَفِيضُ مِنَ ٱلدَّمْعِ مِمَّا عَرَفُوا۟ مِنَ ٱلْحَقِّ ۖ يَقُولُونَ رَبَّنَآ ءَامَنَّا فَٱكْتُبْنَا مَعَ ٱلشَّـٰهِدِينَ
Transliteration wa-idhā samiʿū mā unzila ilā l-rasūli tarā aʿyunahum tafīḍu mina l-damʿi mimmā ʿarafū mina l-ḥaqi yaqūlūna rabbanā āmannā fa-uk'tub'nā maʿa l-shāhidīna
Dhivehi އަދި رسول އާގެމައްޗަށް (އެބަހީ: محمّد ﷺ ގެމައްޗަށް) ބާވައިލެއްވުނު ތަކެތި އެމީހުން އަހައިފިއްޔާ ކަލޭގެފާނު ދެކެވަޑައިގަންނަވާނީ حقّ ގެތެރެއިން އެމީހުންނަށް އެނގުނުތަކެތީގެ ސަބަބުން އެމީހުންގެ ލޯތަކުން ކަރުނަ ފުރިގެންފައިބާތީއެވެ. އެމީހުން ދަންނަވައެވެ. އޭއަޅަމެންގެ ربّ އެވެ! އަޅަމެން ތެދުކޮށްފީމުއެވެ. އީމާންވެއްޖައީމެވެ. ފަހެ ހެކިވެރިންނާއެކު އަޅަމެން ލިއުއްވާނދޭވެ! (އެބަހީ محمّد ﷺ ގެ أمّة ގެތެރޭގައި އަޅަމެންވެސް ލައްވާނދޭވެ! / އެއީ قيامة ދުވަހުން އެހެން أمّة ތަކަށް ހެކިދޭނޭ މީހުންނެވެ.) • (ދަންނައެވެ! މިއާޔަތްތަކުގައި އިޝާރަތްވެގެންމިދަނީ حَبْش ކަރައިން އެތާނގެ ރަސްގެފާނު نَجَاشِى ފޮނުއްވައިގެން ނުވަތަ جعفربن أبى طالب އާއިއެކު އެރަށުން رسول ﷲ ﷺ ގެ އަރިހަށް އައި قِسِّيسِين ންނާއި رَاهِبُ ންގެ ވާހަކައެވެ. ފަހެ އެބޭކަލުންނަށް މާތްވެގެންވާ رسول އާ قرآن ވިދާޅުވެދެއްވީމާ އެބޭކަލުން އީމާންވެ حقّ ރަނގަޅަށް ފާޅުވީމާ ﷲ އަށް ބިރުން އެބޭކަލުންގެ ލޯތައް ކަރުނައިން ފުރިގެން ސައިލު ހެދުން ވާހަކައެވެ. މިވާހަކަ إبن كثير ގެ تفسير އާއި تفسيرالطبري ގައިވެސް بيان ވެގެންވެއެވެ.) އަދިވެސް އެބޭކަލުން ދެންނެވިކަމުގައި ﷲ وحي ކުރެއްވިއެވެ.
Verse 84
وَمَا لَنَا لَا نُؤْمِنُ بِٱللَّهِ وَمَا جَآءَنَا مِنَ ٱلْحَقِّ وَنَطْمَعُ أَن يُدْخِلَنَا رَبُّنَا مَعَ ٱلْقَوْمِ ٱلصَّـٰلِحِينَ
Transliteration wamā lanā lā nu'minu bil-lahi wamā jāanā mina l-ḥaqi wanaṭmaʿu an yud'khilanā rabbunā maʿa l-qawmi l-ṣāliḥīna
Dhivehi ﷲ އަށާއި އަދި حقّ ގެތެރެއިން އަހުރެމެންގާތަށް އައިތަކެއްޗަށް އަހުރެމެން އީމާން ނުވާންވީ ކިއެއްވެގެންހެއްޔެވެ؟ އަދި އަހުރެމެން ދަހިވެތިވަނީ އަހުރެމެންގެ ربّ އަހުރެމެން صالح މާތްމީހުންގެ ތެރެއަށް ވެއްދެވުމަށެވެ. (އެމާތް މީހުންނަކީ رسول ﷲ ﷺ އާއި އެކަލޭގެފާނުންގެ إصحاب ންނެވެ.)
Verse 85
فَأَثَـٰبَهُمُ ٱللَّهُ بِمَا قَالُوا۟ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَذَٰلِكَ جَزَآءُ ٱلْمُحْسِنِينَ
Transliteration fa-athābahumu l-lahu bimā qālū jannātin tajrī min taḥtihā l-anhāru khālidīna fīhā wadhālika jazāu l-muḥ'sinīna
Dhivehi ދެންފަހެ އެމީހުން އެބުނިބުނުމުގެސަބަބުން ﷲ تعالى އެމީހުންނަށް ثواب ދެއްވައިފިއެވެ. އެއީ އެތަންތާނގެ ދަށުން އާރުތައްދެމޭ ސުވަރުގެތަކެވެ. އެތަންތާނގައި އެމީހުން ދެމިތިބޭގޮތަށެވެ. އަދި إحسان ތެރިންގެ ދަރުމަޔަކީ، ޖަޒާއަކީ އެއީއެވެ.
Verse 86
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ
Transliteration wa-alladhīna kafarū wakadhabū biāyātinā ulāika aṣḥābu l-jaḥīmi
Dhivehi އަދި ކާފަރުވެ އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީސްތަކުން (ދަންނައެވެ!) އެއީ ކަނޑައެޅިގެން ނަރަކައިގެ އެކުވެރިންނެވެ.
Verse 87
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحَرِّمُوا۟ طَيِّبَـٰتِ مَآ أَحَلَّ ٱللَّهُ لَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ
Transliteration yāayyuhā alladhīna āmanū lā tuḥarrimū ṭayyibāti mā aḥalla l-lahu lakum walā taʿtadū inna l-laha lā yuḥibbu l-muʿ'tadīna
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ تعالى ކަލޭމެންނަށް حلال ކޮށްދެއްވި ރަނގަޅުތަކެތި ކަލޭމެން (އަމިއްލައަށް) حرام ތަކެތިކަމުގައި ނުހަދާށެވެ! އަދި ކަލޭމެން އެތަކެތީގައި (ބޭނުންކުރުމުގައި) ހައްދުފަހަނަޅައިގެންވެސް ނުދާށެވެ! (ކޮންމެކަމެއްވެސް ﷲ އާއި އެކަލާނގެ رسول އާގެ ގިއުގަނޑުގެ ތެރޭގައިބަހައްޓާށެވެ! އަދި އިތުރު ނުކުރާށެވެ!) އެހެނީ ހަމަކަށަވަރުން ހައްދުފަހަނަޅައިގެންދާމީހުންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ.
Verse 88
وَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَـٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ أَنتُم بِهِۦ مُؤْمِنُونَ
Transliteration wakulū mimmā razaqakumu l-lahu ḥalālan ṭayyiban wa-ittaqū l-laha alladhī antum bihi mu'minūna
Dhivehi އަދި ﷲ ކަލޭމެންނަށް ދެއްވި ރިޒުގުގެތެރެއިން حلال ރަނގަޅުތަކެތި ކަލޭމެންކާށެވެ! އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އެކަލާނގެއީ ކަލޭމެން އެކަލާނގެއަށް އީމާންވާ ކަލާނގެއެވެ. (ކަލޭމެންނަކީ ކަނޑައެޅިގެން އެކަލާނގެ ތެދުކޮށްގެން ތިބިމީހުންނެވެ.)
Verse 89
لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَـٰنِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَـٰنَ ۖ فَكَفَّـٰرَتُهُۥٓ إِطْعَامُ عَشَرَةِ مَسَـٰكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ ثَلَـٰثَةِ أَيَّامٍ ۚ ذَٰلِكَ كَفَّـٰرَةُ أَيْمَـٰنِكُمْ إِذَا حَلَفْتُمْ ۚ وَٱحْفَظُوٓا۟ أَيْمَـٰنَكُمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَشْكُرُونَ
Transliteration lā yuākhidhukumu l-lahu bil-laghwi fī aymānikum walākin yuākhidhukum bimā ʿaqqadttumu l-aymāna fakaffāratuhu iṭ'ʿāmu ʿasharati masākīna min awsaṭi mā tuṭ'ʿimūna ahlīkum aw kis'watuhum aw taḥrīru raqabatin faman lam yajid faṣiyāmu thalāthati ayyāmin dhālika kaffāratu aymānikum idhā ḥalaftum wa-iḥ'faẓū aymānakum kadhālika yubayyinu l-lahu lakum āyātihi laʿallakum tashkurūna
Dhivehi (އޭ މީސްތަކުންނޭވެ!) ކަލޭމެން ހުވައިކުރުމުގައި އެއްވެސް قصد އެއްނެތި ހިތުގެ يقين ކަމެއްނެތި ކަލޭމެން ކުރާ ހުވަޔަށް ﷲ ކަލޭމެންނަށް عقوبة ނުދެއްވައެވެ. (އެއީ لَغْو އެވެ. عَرَبِى ންގެތެރޭގައި އެއީ ވަރަށްގިނަ ކަމެކެވެ.) އަދި އެހެނެއްކަމަކު ކަލޭމެން ހިތުގައި عزم ކޮށް ހަމަ قصد ގައިކުރާ ހުވައިން އެކަލާނގެ ކަލޭމެން ހިއްޕަވައެވެ. އެބަހީ: އެފަދަ ހުވައިގެ ކައްފާރާ އަކީ ދިހަ މިސްކީނުންނަށް ކާންދިނުމެވެ. އެއީ އެތަނެއްގެ عامّ މީހުން ކައިއުޅޭ މެދުމިނެއްގެ ކާނާއަކުންނެވެ. ނުވަތަ އެމީހުންނަށް (ދިހަމީހުންނަށް) ހެދުން ދިނުމެވެ. ނުވަތަ އަޅަކު މިނިވަންކުރުމެވެ. ދެންފަހެ އެއިން އެއްވެސްކަމެއް ކުރެވޭފަދައެއްނެތްމީހާ ތިންދުވަހު ރޯދަހިފުމެވެ. އެއީ ކަލޭމެންގެ ހުވައިތަކުގެ كفّارة އެވެ. ކަލޭމެން ހުވައިކޮށްފިއްޔާ ކަލޭމެން ހުވަޔަށް ރައްކާތެރިވާށެވެ! (ހުވައެއްކޮށްފިއްޔާ އެޔާ خلاف ނުވާށެވެ!) އަދި كفّارة ދޭންޖެހިއްޖެހިނދެއްގައި އެކަމަށް ފަރުވާކުޑަނުކުރާށެވެ! / އަދި ހުވައިކުރުމަށް އަވަސްވެ ނުގަންނާށެވެ! ﷲ تعالى އެކަލާނގެ އާޔަތްތައް ކަލޭމެންނަށް بيان ކޮށްދެއްވަނީ އެފަދައިންނެވެ. އެއީ ކަލޭމެން شكر ކުރޭތޯއެވެ. / ނުވަތަ ކަލޭމެން شكر ކުރުމުގެ أمّيد އުއްމީދުގައެވެ.\n• ދަންނައެވެ! ހުވައިގެ ވައްތަރުތަކާއި كفّارة ގެ ދިގު تفصيل ވާހަކަތައް حديث ފޮތްތަކާއި فقه ފޮތްތަކުގައި بيان ވެގެންވެއެވެ. މިއީ އަދި އެކަމުގެ فرصة އެއްނޫނެވެ. އެ فرصة ލިބުނީމާ އެބައި އަދި بيان ކޮށްދޭހުށީމެވެ. إن شاء ﷲ.
Verse 90
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَـٰمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَـٰنِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ
Transliteration yāayyuhā alladhīna āmanū innamā l-khamru wal-maysiru wal-anṣābu wal-azlāmu rij'sun min ʿamali l-shayṭāni fa-ij'tanibūhu laʿallakum tuf'liḥūna
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބަނގުރާއާއި (އެބަހީ ރާބުއިމާއި) ޖުވާކުޅުމާއި އަޅުކަންކުރުމަށް ބަހައްޓާފައިވާ ހިލަތަކާއި (ބުދުތަކާއި - އެބަހީ އެއަށް އަޅުކަންކުރުމާއި) ނަސީބުގެ ވަރުބަލަން ފާލުބެލުމާއި (ދުނިދަނޑިލައިގެން ފާލުބެލުމާއި) މި އެންމެހައި ކަންތައްތައްވާކަންކަށަވަރީ ހަޑިމުޑުދާރު ނަޖިސްކަމުގައެވެ. އެއީ شيطان އާގެ عمل ގެތެރެއިންވާ ކަންކަމެވެ. ފަހެ އެކަންކަމުން ކަލޭމެން ދުރުވެގަންނާށެވެ! އެއީ ކަލޭމެނަށް ކާމިޔާބުވެ نصيب ލިބިގަތުމުގެ أمّيد ގައެވެ.
Verse 91
إِنَّمَا يُرِيدُ ٱلشَّيْطَـٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ ۖ فَهَلْ أَنتُم مُّنتَهُونَ
Transliteration innamā yurīdu l-shayṭānu an yūqiʿa baynakumu l-ʿadāwata wal-baghḍāa fī l-khamri wal-maysiri wayaṣuddakum ʿan dhik'ri l-lahi waʿani l-ṣalati fahal antum muntahūna
Dhivehi شيطان އާ އެދޭކަންކަށަވަރީ عداوة ތެރިކަމާއި ރުޅިވެރިކަން ކަލޭމެން (مؤمن ންގެ) މެދުގައި އުފެއްދުމަށެވެ. މެދުވެރިކުރުވުމަށެވެ. އެއީ ރަލާއި ޖުވާގެ ސަބަބުންނެވެ. އަދި އެސޮރު އެދެނީ ﷲ ގެ ذِكْرُ ންނާއި ﷲ ހަނދާންކުރުމުންނާއި އަދި ނަމާދުކުރުމުން ކަލޭމެން މަނާކޮށް ދުރުކުރުމަށެވެ. ކަލޭމެން ފަހެ މިކަންކަންކުރުމުން ހުއްޓޭނޭހެއްޔެވެ؟ ހުއްޓައިލާށެވެ!
Verse 92
وَأَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَٱحْذَرُوا۟ ۚ فَإِن تَوَلَّيْتُمْ فَٱعْلَمُوٓا۟ أَنَّمَا عَلَىٰ رَسُولِنَا ٱلْبَلَـٰغُ ٱلْمُبِينُ
Transliteration wa-aṭīʿū l-laha wa-aṭīʿū l-rasūla wa-iḥ'dharū fa-in tawallaytum fa-iʿ'lamū annamā ʿalā rasūlinā l-balāghu l-mubīnu
Dhivehi އަދި ކަލޭމެން ﷲ އަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން رسول އާއަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން (އެކަލާނގެ امر ފުޅުތަކާއި خلاف ވެދާނޭކަމަށް) ބިރުވެތިވާށެވެ! އަދި ކަލޭމެން (ތިމަންރަސްކަލާނގެ އަމުރާއި ނަހީއަށް ކިޔަމަންނުވެ) އެނބުރި ފުރަގަސްދީފިނަމަވެސް ކަލޭމެން ދަންނާށެވެ! ތިމަންރަސްކަލާނގެ رسول އާގެ މައްޗަށް އޮންނާނެކަން ކަށަވަރީ ބަޔާންވެގެންވާގޮތުގައި އިއްވައިދިނުމެވެ.
Verse 93
لَيْسَ عَلَى ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جُنَاحٌ فِيمَا طَعِمُوٓا۟ إِذَا مَا ٱتَّقَوا۟ وَّءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ثُمَّ ٱتَّقَوا۟ وَّءَامَنُوا۟ ثُمَّ ٱتَّقَوا۟ وَّأَحْسَنُوا۟ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ
Transliteration laysa ʿalā alladhīna āmanū waʿamilū l-ṣāliḥāti junāḥun fīmā ṭaʿimū idhā mā ittaqaw waāmanū waʿamilū l-ṣāliḥāti thumma ittaqaw waāmanū thumma ittaqaw wa-aḥsanū wal-lahu yuḥibbu l-muḥ'sinīna
Dhivehi އަދި އީމާންވެގެން صالح عمل ކުރިމީހުން (ރާ حرام ވުމުގެކުރިން އެމީހުން އެބުއި ބުއިމަކުން ރާ حرام ވުމުގެކުރިން މަރުވެފައިވާނަމަވެސް) އެމީހުންގެ މައްޗަށް އެއްވެސްކުށެއްނެތެވެ. އެއީ އެމީހުން تقوى ވެރިވެ އީމާންވެ އަދި صالح عمل ކުރިނަމައެވެ. ދެން އެމީހުން تقوى ވެރިވެ އީމާންވެ ދެން تقوى ވެރިވެ إحسان ތެރިވެއްޖެއްޔާއެވެ. އަދި إحسان ތެރިންނަށް ﷲ ލޯބިވެވޮޑިގެންވެއެވެ.
Verse 94
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَيَبْلُوَنَّكُمُ ٱللَّهُ بِشَىْءٍ مِّنَ ٱلصَّيْدِ تَنَالُهُۥٓ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ ٱللَّهُ مَن يَخَافُهُۥ بِٱلْغَيْبِ ۚ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ
Transliteration yāayyuhā alladhīna āmanū layabluwannakumu l-lahu bishayin mina l-ṣaydi tanāluhu aydīkum warimāḥukum liyaʿlama l-lahu man yakhāfuhu bil-ghaybi famani iʿ'tadā baʿda dhālika falahu ʿadhābun alīmun
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ އަތްތަކުންނާއި ކަލޭމެންގެ ލޮންސިތަކުން ކަލޭމެން ލިބިގަންނަ އެއްގަމު ޝިކާރައިން ހަމަކަށަވަރުން ﷲ ކަލޭމެން إمتحان ކުރެއްވުން އެއީ، ﷲ ނުފެނި غيب ގައި ﷲ އަށް ބިރުވެތިވާމީހުން އެކަލާނގެ ދެނެވޮޑިގެންވާކަން އެކަލާނގެ މާތް އަޅުތަކުންނަށް ދެއްކެވުމަށެވެ. ދެންފަހެ އެއަށްފަހު (އެބަހީ ޝިކާރަކުރުން حرام ވުމުގެ إمتحان އަށްފަހު) ދެން ހައްދުފަހަނަޅައިފިމީހާ ދަންނައެވެ! ފަހެ އެމީހަކަށް ހުރީ ވޭންދެނިވި عذاب އެވެ.
Verse 95
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْتُلُوا۟ ٱلصَّيْدَ وَأَنتُمْ حُرُمٌ ۚ وَمَن قَتَلَهُۥ مِنكُم مُّتَعَمِّدًا فَجَزَآءٌ مِّثْلُ مَا قَتَلَ مِنَ ٱلنَّعَمِ يَحْكُمُ بِهِۦ ذَوَا عَدْلٍ مِّنكُمْ هَدْيًۢا بَـٰلِغَ ٱلْكَعْبَةِ أَوْ كَفَّـٰرَةٌ طَعَامُ مَسَـٰكِينَ أَوْ عَدْلُ ذَٰلِكَ صِيَامًا لِّيَذُوقَ وَبَالَ أَمْرِهِۦ ۗ عَفَا ٱللَّهُ عَمَّا سَلَفَ ۚ وَمَنْ عَادَ فَيَنتَقِمُ ٱللَّهُ مِنْهُ ۗ وَٱللَّهُ عَزِيزٌ ذُو ٱنتِقَامٍ
Transliteration yāayyuhā alladhīna āmanū lā taqtulū l-ṣayda wa-antum ḥurumun waman qatalahu minkum mutaʿammidan fajazāon mith'lu mā qatala mina l-naʿami yaḥkumu bihi dhawā ʿadlin minkum hadyan bāligha l-kaʿbati aw kaffāratun ṭaʿāmu masākīna aw ʿadlu dhālika ṣiyāman liyadhūqa wabāla amrihi ʿafā l-lahu ʿammā salafa waman ʿāda fayantaqimu l-lahu min'hu wal-lahu ʿazīzun dhū intiqāmin
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން (حجّ އަށް ނުވަތަ عمرة އަށް) إحرام ބަނދެގެންވާ حال ކަލޭމެން އެއްގަމު ޝިކާރަ ނުކުރާށެވެ! އެއްގަމު ސޫފި ނުމަރާށެވެ! އަދި ކަލޭމެންކުރެ އެއިން އެއްޗެއް ހަމަގަސްތުގައި މަރައިފިމީހާ ދަންނައެވެ! ފަހެ އޭނާގެ އެކުށުގެ جزاء އަކީ އޭގެ عقوبة އަކީ އޭނާ އެމެރިވަރުގެ އެއްޗެއް (كفّارة އެއްގެގޮތުން) ދިނުމެވެ. އެއެއްޗެއް މިންވަރު ކުރުމަށް ކަލޭމެންކުރެ عدل ވެރި ދެހެކިން حكم ކުރާށެވެ! އެއީ ގެފުޅަށް ފޮނުވޭ هَدِيَة އެއްގެގޮތުން ފޮނުވޭ هَدْى އެކެވެ. ނުވަތަ އެކަމުގެ كفّارة އަކީ މިސްކީނުންތަކަކަށް ކާންދިނުމެވެ. (އެއީ އޭނާ އެމެރި ޝިކާރައެއްގެ އަގު އެހިސާބުގައި އެވަގުތުހުރި އަގުން އަގުކޮށް، އެއަށްވާ ތަކެއްޗެވެ. ނުވަތަ އެވަގުތަކު އެ އެއްޗެއްގެ އަގު مكّة ގައި ހުރި ވަރަކަށެވެ. ނުވަތަ އޭގެ އަގާއި ހަމަހަމަވާވަރަށް ރޯދަހިފުމެވެ. (ކޮންމެ مُدّ އެއްގެ މިންވަރަށް ދުވަހެކެވެ.) އަދި މިއާޔަތުގައިމިވާ كفّارة ތައް މިންވަރުކުރުމުގައި علم ވެރިންގެމެދުގައި އެކިވަރުވަރުގެ إختلاف ވެއެވެ. އެކަން ހަނދާންކުރުން ހުއްޓެވެ.) އަދި މި كفّارة ތައް ކަނޑައެޅިފައިމިވަނީ އޭނާ އެކުރި ކުށަށް ލިބޭ عذاب ގެ ރަހަ ލިބިގަތުމަށެވެ. (އަދި މި حكم ބާވައިލެއްވުމުގެކުރިން) އިސްވެގޮސްފައިވާ ކަންތައްތައް ﷲ عفو ކުރައްވައިފިއެވެ. (އަދި މި حكم އައުމަށްފަހު) ދެން އެފަދަކަމަކަށް إعاد ވެއްޖެމީހާ އަރައިގެންފިމީހާ (ދަންނައެވެ! ފަހެ ﷲ އޭނާގެ ކިބައިން ބަދަލުހިއްޕަވާފާނެއެވެ.) ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ އަދި ބަދަލުހިއްޕެވުމުގެވެރި ކަލާނގެއެވެ.
Verse 96
أُحِلَّ لَكُمْ صَيْدُ ٱلْبَحْرِ وَطَعَامُهُۥ مَتَـٰعًا لَّكُمْ وَلِلسَّيَّارَةِ ۖ وَحُرِّمَ عَلَيْكُمْ صَيْدُ ٱلْبَرِّ مَا دُمْتُمْ حُرُمًا ۗ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ
Transliteration uḥilla lakum ṣaydu l-baḥri waṭaʿāmuhu matāʿan lakum walilssayyārati waḥurrima ʿalaykum ṣaydu l-bari mā dum'tum ḥuruman wa-ittaqū l-laha alladhī ilayhi tuḥ'sharūna
Dhivehi ކަނޑުގެ ޝިކާރަކުރުމާއި އަދި އެ ޝިކާރަކެއުން ކަލޭމެންނަށް حلال ވެގެންވެއެވެ. އެއީ ކަލޭމެން (ރަށުގައި قائم ވެތިބޭމީހުން) ނަށާއި ދަތުރުވެރިންނަށްވާ مَنْفَعَ އެއްގެގޮތުންނެވެ. އަދި ކަލޭމެން (حجّ އަށް ނުވަތަ عمرة އަށް) إحرام ބަނދެގެންވާހާހިނދެއްގައި އެއްގަމު ޝިކާރަކުރުން ކަލޭމެންގެމައްޗަށް حرام ވެވިގެންވެއެވެ. (އެބަހީ އެކަންކަން ކަލޭމެންގެމައްޗަށް ﷲ حرام ކުރެއްވިއެވެ.) އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އެކަލާނގެއީ އެކަލާނގެ حضرة އަށް ކަލޭމެން محشر ކުރެވޭނެ ކަލާނގެއެވެ.
Verse 97
۞ جَعَلَ ٱللَّهُ ٱلْكَعْبَةَ ٱلْبَيْتَ ٱلْحَرَامَ قِيَـٰمًا لِّلنَّاسِ وَٱلشَّهْرَ ٱلْحَرَامَ وَٱلْهَدْىَ وَٱلْقَلَـٰٓئِدَ ۚ ذَٰلِكَ لِتَعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَأَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ
Transliteration jaʿala l-lahu l-kaʿbata l-bayta l-ḥarāma qiyāman lilnnāsi wal-shahra l-ḥarāma wal-hadya wal-qalāida dhālika litaʿlamū anna l-laha yaʿlamu mā fī l-samāwāti wamā fī l-arḍi wa-anna l-laha bikulli shayin ʿalīmun
Dhivehi البَيْتُ الحرَام ކަމުގައިވާ كعبة އެބަހީ ގެފުޅު ﷲ ލައްވާފައިވަނީ މީސްތަކުންގެ دين އާއި ދުނިޔޭގެ އެންމެހައި ކަންތައްތައް صلح ކުރާ أصل އެއްޗެއްކަމުގައެވެ. އަދި حرمة ތެރިވެގެންވާ މައްސަރާއި ގެފުޅަށްގެނެވޭ هَدْىُ އާއި - އެބަހީ އެތަނަށް هَدِيَة ގެގޮތުގައި ގެނެވޭ نَعَمْ ސޫފީގެ ބާވަތްތަކާއި އަދިކަރުގައި قِلاَدَة އަޅުވާފައިވާ نَعَم ސޫތްޕާއި މިހުރިހާތަކެތިވެސް އެކަލާނގެ ލެއްވީ މީސްތަކުންގެ دين އާއި ދުނިޔޭގެ އެންމެހައި ކަންތައް ސަލާމަތްކޮށްދޭ أصل ތަކެއްކަމުގައެވެ. (ގެފުޅަކީ ކޮންމެމީހަކަށް أمان ކަން ހުރިތަނެކެވެ. حرمة ތެރި މައްސަރުތަކުގައި އެއްބަޔަކު އަނެއްބަޔަކަށް ހަނގުރާމަކޮށް އަނިޔާކުރުން މަނާވެވިގެންވެއެވެ. އަދި ގެފުޅަށް هدى ހިފައިގެންދާމީހާޔާއި އަދި އޭނާގެ هدى އާއިވެސް ދިމާކޮށް އަނިޔާކޮށް ނުހަދާށެވެ! އެއީ جاهليّة ޒަމާނުއްސުރެ މީސްތަކުންގެ އާދައެވެ. އެގޮތުން މިކަންކަންވެފައިވަނީ މީސްތަކުން ސަލާމަތްކޮށްދޭ أصل ތަކެއްކަމުގައެވެ. والله أعلم) އަދި އެކަންތައްތައް އެގޮތުގެމަތީން ލެއްވީ ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާތަކެތި ﷲ ދެނެވޮޑިގެންވާކަން ކަލޭމެން ދެނެގަތުމަށްޓަކައެވެ. އަދި ހަމަކަށަވަރުން ﷲ تعالىއީ ހުރިހާ އެއްޗެއް އަދި ހުރިހާކަމެއް ދެނެވޮޑިގެންވާކަލާނގެއެވެ.
Verse 98
ٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ وَأَنَّ ٱللَّهَ غَفُورٌ رَّحِيمٌ
Transliteration iʿ'lamū anna l-laha shadīdu l-ʿiqābi wa-anna l-laha ghafūrun raḥīmun
Dhivehi ހަމަކަށަވަރުން ﷲ تعالى އީ عقوبة ދެއްވުން ގަދަފަދަވަންތަވެ ވޮޑިގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ! އަދި ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުންބޮޑުވެގެންވާ ކަލާނގެކަންވެސް ކަލޭމެން ދަންނާށެވެ!
Verse 99
مَّا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ۗ وَٱللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ
Transliteration mā ʿalā l-rasūli illā l-balāghu wal-lahu yaʿlamu mā tub'dūna wamā taktumūna
Dhivehi رسول ކަން އިއްވަވައިދިނުންމެނުވީ رسول އާގެމައްޗަށް (ވާޖިބު) ވެގެންނުވެއެވެ. (އެބަހީ: رسول ކަމާއިބެހޭގޮތުން އެކަލޭގެފާނަށް އޮތީ އިއްވައިދިނުމެވެ. ކިޔަމަންތެރިންނަށާއި ނުކިޔަމަންތެރިންނަށް جزاء ދެއްވުން އޮންނާނީ ﷲ އަށެވެ.) އަދި ކަލޭމެން ފައުޅުކުރާކަންތަކާއި އަދި ކަލޭމެން ވަންހަނާކުރާކަމުގައިވާ ކަންތައްތައްވެސް ﷲ ދެނެވޮޑިގެންވެއެވެ.
Verse 100
قُل لَّا يَسْتَوِى ٱلْخَبِيثُ وَٱلطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ ٱلْخَبِيثِ ۚ فَٱتَّقُوا۟ ٱللَّهَ يَـٰٓأُو۟لِى ٱلْأَلْبَـٰبِ لَعَلَّكُمْ تُفْلِحُونَ
Transliteration qul lā yastawī l-khabīthu wal-ṭayibu walaw aʿjabaka kathratu l-khabīthi fa-ittaqū l-laha yāulī l-albābi laʿallakum tuf'liḥūna
Dhivehi އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ނުބަޔާ ރަނގަޅު (ނުބައިތަކެއްޗާއި ރަނގަޅުތަކެތި) އެއްވަރު ނުވާނެއެވެ. (ކިޔަމަންތެރިންނާއި ނުކިޔަމަންތެރިން ކާފަރުކަމާއި އީމާންކަން - حرام އާއި حلال ދެން މިހެން.....) މިއެއްވެސް ދެ އެއްޗެއް އެއްވަރުނުވާނެއެވެ. އަދި ނުބައި ކަންތައް - އަދި ނުވަތަ ނުބައިމީހުން ގިނަކަމުން ކަލޭގެފާނު عجائب ފުޅުވިޔަސް (ނުބައި އެއީ ރަނގަޅުކަމުގައިވާނެ އެއްގޮތެއް ނުއޮންނާނެއެވެ.) ފަހެ ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! ކަލޭމެންނަށް ކާމިޔާބުވޭތޯއެވެ. އޭ ބުއްދިވެރިންނޭވެ! ކަލޭމެން تقوى ވެރިވާށެވެ!
Verse 101
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَسْـَٔلُوا۟ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْـَٔلُوا۟ عَنْهَا حِينَ يُنَزَّلُ ٱلْقُرْءَانُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا ۗ وَٱللَّهُ غَفُورٌ حَلِيمٌ
Transliteration yāayyuhā alladhīna āmanū lā tasalū ʿan ashyāa in tub'da lakum tasu'kum wa-in tasalū ʿanhā ḥīna yunazzalu l-qur'ānu tub'da lakum ʿafā l-lahu ʿanhā wal-lahu ghafūrun ḥalīmun
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންނަށް (މާބޮޑުބޭނުމެއްނެތް) އެއެއްޗެއްގެ حكم ނޭނގޭ ތަކެއްޗާއިމެދު ކަލޭމެން ސުވާލު ނުކުރާށެވެ! (رسول އާއާއި ސުވާލު ނުކުރާށެވެ!) އެއެއްޗެއްގެ حكم ކަލޭމެންނަށް ހާމަވެ ފައުޅުވެއްޖެއްޔާ ކަލޭމެންނަށް ނުބަޔަކަށް ވެދާނެއެވެ. އަދި قرآن ބާވައިލެއްވެމުންދާ ވަގުތު އެފަދަ ސުވާލުތައް ކަލޭމެން ކުރަމުންދާނަމަ ކަލޭމެނަށް އޭގެ حكم ފައުޅުވެދާނެއެވެ. (އޭރުން އިތުރު ދައްޗަކަށް / އުނދަގުލަކަށް ވެދާނެއެވެ.) ﷲ ވަނީ އެފަދަ ކަންކަން عفو ކޮށްދެއްވާފައެވެ. އަދި ﷲ އީ ގިނަ ގިނައިން ފާފަފުއްސަވާ އަދި ކޯފާމަޑުވެގެންވާ ކަލާނގެއެވެ. (އެބަހީ ކުއްލިއަކަށް ބަދަލު ނުހިއްޕަވާވެސް ދޫކުރައްވާ ކަލާނގެއެވެ.)
Verse 102
قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُوا۟ بِهَا كَـٰفِرِينَ
Transliteration qad sa-alahā qawmun min qablikum thumma aṣbaḥū bihā kāfirīna
Dhivehi ހަމަކަށަވަރުން އެފަދަ ކަންކަމާއިމެދު ކަލޭމެންގެ ކުރިން ބަޔަކުމީހުން ސުވާލުކުރިއެވެ. (ދެން އޭގެ حكم ތައް ހާމަވުމުން) އެމީހުން އެއަށް ދެކޮޅުހަދާ ކާފަރުވީއެވެ.
Verse 103
مَا جَعَلَ ٱللَّهُ مِنۢ بَحِيرَةٍ وَلَا سَآئِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَـٰكِنَّ ٱلَّذِينَ كَفَرُوا۟ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ
Transliteration mā jaʿala l-lahu min baḥīratin walā sāibatin walā waṣīlatin walā ḥāmin walākinna alladhīna kafarū yaftarūna ʿalā l-lahi l-kadhiba wa-aktharuhum lā yaʿqilūna
Dhivehi ﷲ تعالى އެއްވެސް بَحِيْرَة އެއް އަދި سَائِبَة އެއްވިޔަސް އަދި އެއްވެސް وصيلة އެއްވެސް އަދި އެއްވެސް حامى އެއްވިޔަސް ނުލައްވައެވެ. (އެއީ جاهليّة ޒަމާނުގައި مشرك ން އަމިއްލައަށް އުފައްދާފައިވާ ނަންތަކަކާއި ކަންތައްތަކެކެވެ.) އަދި އެހެނެއްކަމަކު ކާފަރުވީ މީސްތަކުން ﷲ تعالى ގެ މައްޗަށްދޮގުހަދައިގަންނަނީއެވެ. އަދި އެމީހުންކުރެ ގިނަމީހުން ބުއްދި ނުކުރެއެވެ. ނުވިސްނައެވެ. • ދަންނައެވެ. بَحِيْرَة އަކީ، އަންހެން جمل އެވެ. އޭގެ ކަންފަތް ތޮރުފައިލާ ދެން އޭގެކިރު طَاغُوة އަށް خاصّ ކުރަނީއެވެ. (އެއީ ބުދާއި ބުދުބަލަހައްޓާ މީހާއަށެވެ.) އެހެންމީހުން އޭގެކިރު ފެލުން މަނަލެވެ. ކަންފަތް ފަޅާލާފައި ބެހެއްޓުމަކީ އޭގެ علامة އެވެ. سَائِبَة އަކީ: އެއީވެސް އަންހެން جمل އެވެ. މީހާއަށް ބައްޔެއްފަދަ ކަމެއް ދިމާވެގެން ނަދުރު ބުނެފައިވާ جمل އެވެ. މިބަލިން ސަލާމަތްވެއްޖެއްޔާ (މިސާލަކަށް) ދެން އޭގެމައްޗަށް ސަވާރު ނުވުމާއި އަދި އޭތި ބޭނުންތާކުން ހުއިހެއްޕުމަށް ދޫކޮށްލެވޭނެއެވެ. ފެންވެސް ބޭނުންތާކުން ބޯންވީއެވެ. މީހަކު ބެހިގެން ނުވާނެއެވެ. وصيلة: އަކީވެސް އަންހެން جمل އެވެ. އެއީ އަންހެން އެއްޗެއް ވިހައިފާ ދެންވެސް އަންހެން އެއްޗެއް ވިހައިފިއްޔާ އެއެތި އެއީ އެމީހުންނަށެވެ. އަންހެން އެއްޗަކާއި ވިދިގެން ފިރިހެން އެއްޗެއް ވިހައިފިއްޔާ އެއީ އެމީހުންގެ إله ންތަކަށެވެ. الحامى އަކީ: އެއީ ފިރިހެން ޖަމަލެވެ. އެއަށް ދިހަދަރިން ލިބުނީމާ އޭގެ ބުރިކަށި حماية ކުރެވުނީއެވެ. ދެން އޭގެ ބުރިކަށިމައްޗަށް ސަވާރު ނުވެވޭނެއެވެ. އަދި އޭތި ކޮންމެތާކުން ވިނަކައި ފެންބޮއިހެދިނަމަވެސް މަނާނުކުރެވޭނެއެވެ. = زُبْدَة التفسير =
Verse 104
وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ قَالُوا۟ حَسْبُنَا مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْلَمُونَ شَيْـًٔا وَلَا يَهْتَدُونَ
Transliteration wa-idhā qīla lahum taʿālaw ilā mā anzala l-lahu wa-ilā l-rasūli qālū ḥasbunā mā wajadnā ʿalayhi ābāanā awalaw kāna ābāuhum lā yaʿlamūna shayan walā yahtadūna
Dhivehi އަދި ﷲ ބާވައިލެއްވި އެއްޗެއް ބެލުމަށާއި رسول ވިދާޅުވިއެއްޗެއް ބެލުމަށް ކަލޭމެން އަންނާށޭ އެމީހުންނަށް ބުނެވިއްޖެއްޔާ އެމީހުން ބުނާނީ އަހުރެމެން އުޅޭނީ އަހުރެމެންގެ ކާބަފައިން އެގޮތެއްގެމަތީގައި ވަނިކޮށް އަހުރެމެން ދުއްގޮތަށެވެ. އެގޮތް އަހުރެމެންނަށް ފުދެއެވެ. މިހެންނެވެ. އަޅެފަހެ އެމީހުންގެ ކާބަފައިންނަށް އެކައްޗެއް ނޭނގުނުނަމަވެސް އަދި އެމީހުންނަށް އެއްވެސް ތެދުމަގެއްނެތްނަމަވެސް ހެޔޮހެއްޔެވެ؟ އެހެންހަދާނީހެއްޔެވެ؟
Verse 105
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّكُم مَّن ضَلَّ إِذَا ٱهْتَدَيْتُمْ ۚ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
Transliteration yāayyuhā alladhīna āmanū ʿalaykum anfusakum lā yaḍurrukum man ḍalla idhā ih'tadaytum ilā l-lahi marjiʿukum jamīʿan fayunabbi-ukum bimā kuntum taʿmalūna
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެމައްޗަށް އޮތީ (އެންމެފުރަތަމަ) ކަލޭމެންގެ އަމިއްލަ نفس ތަކެވެ. (އެ نفس ތައް إصلاح ކުރާށެވެ!) ކަލޭމެންގެ نفس ތައް ތެދުމަގުގައިވަންޏާ އެހެންބަޔަކު މަގުފުރެދުމަކުން ކަލޭމެނަކަށް އެއްވެސް ގެއްލުމެއްނެތެވެ. (منكراة ނަހީކުރުމަށްފަހު އެހެންބަޔަކު قبول ނުކުރިޔަސް އެއީ ކަލޭމެނަށް ގެއްލުންހުރިކަމެއްނޫނެވެ.) ކަލޭމެން އެންމެން ޖަމާވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ. ދެންފަހެ ކަލޭމެން (ދުނިޔޭގައި) ކުރާކަމުގައިވީކަންތައްތަކުގެ خبر އެކަލާނގެ ކަލޭމެނަށް ދެއްވާހުއްޓެވެ. • ދަންނައެވެ. މިއާޔަތް تفسير ކުރެއްވި ބައެއް ބޭކަލުން ވިދާޅުވެފައިވަނީ ފަހުޒަމާނަކަށްއައިސް މީސްތަކުންގެ عمل ތައް ނުބައިވެ ﷲ ގެ أمر ފުޅުތަކަށް ފަރުވާލެއް ނުބަހައްޓައި އުޅޭހިނދު ތިމާމެންގެ އަމިއްލަ نفس إصلاح ކޮށް ބަރާބަރުކޮށްފިއްޔާ ބަޔަކުކުރާކަމަކުން ތިމާމެންނަށް ގެއްލުމެއްނެތް ކަމަށެވެ. އެޔާ خلاف އަށް ތިމާމެންވެސް ނުބައިމީހުންނާއެކުވެ ތެއުހަނަކަށްވެ އެމީހުންނެކޭ އެއްގޮތްވެއްޖެއްޔާ ދެން އެނުބައިވީއެވެ. والله أعلم.
Verse 106
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ شَهَـٰدَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ حِينَ ٱلْوَصِيَّةِ ٱثْنَانِ ذَوَا عَدْلٍ مِّنكُمْ أَوْ ءَاخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِى ٱلْأَرْضِ فَأَصَـٰبَتْكُم مُّصِيبَةُ ٱلْمَوْتِ ۚ تَحْبِسُونَهُمَا مِنۢ بَعْدِ ٱلصَّلَوٰةِ فَيُقْسِمَانِ بِٱللَّهِ إِنِ ٱرْتَبْتُمْ لَا نَشْتَرِى بِهِۦ ثَمَنًا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَـٰدَةَ ٱللَّهِ إِنَّآ إِذًا لَّمِنَ ٱلْـَٔاثِمِينَ
Transliteration yāayyuhā alladhīna āmanū shahādatu baynikum idhā ḥaḍara aḥadakumu l-mawtu ḥīna l-waṣiyati ith'nāni dhawā ʿadlin minkum aw ākharāni min ghayrikum in antum ḍarabtum fī l-arḍi fa-aṣābatkum muṣībatu l-mawti taḥbisūnahumā min baʿdi l-ṣalati fayuq'simāni bil-lahi ini ir'tabtum lā nashtarī bihi thamanan walaw kāna dhā qur'bā walā naktumu shahādata l-lahi innā idhan lamina l-āthimīna
Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ބިމުގައި ދަތުރުފަތުރުކޮށްފާދާހިނދު ކަލޭމެންކުރެ މީހަކަށް މަރު حاضر ވެ އޭނާ وصيّة ކުރަންޏާ ކަލޭމެން مؤمن ންކުރެ عدل ވެރި ދެމީހުން (އެ وصيّة ގެ ކަންތަކުގައި) ހެކިވެރިކުރުން ހުއްޓެވެ. ނުވަތަ އެހެންދެމީހުން (އެބަހީ: مؤمنُ ން ނޫން އެހެން دين އެއްގެ ދެމީހުން) ހެކިވެރިކުރުވާށެވެ! (ދެން ރަށަށްއައިސް وصيّة އަދާކުރުމުގައި) އެދެހެކިންނާމެދު خيانة ގެގޮތުން ކަލޭމެނަށް ޝައްކު އުފެދިއްޖެއްޔާ ނަމާދުގެފަހުން (އެބަހީ عصر ނަމާދަށްފަހު) އެދެމީހުން ހިފަހައްޓައި އެދެމީހުންލައްވައި ﷲ ގަންދީ ހުވައިކުރުވާށެވެ! އެދެމީހުން ތިމަންނާމެންގެ މިހުވައިގައި ކިތަންމެގާތްމީހަކަށްނަމަވެސް އެއްވެސް رشوة އެއް ނުހިފާކަމަށާއި އަދި ﷲ އަށްޓަކައި އަހުރެމެންގެ ހެކިބަސް ވަންހަނާނުކުރާނެކަމަށާއި އަދި ވަންހަނާކޮށްފިއްޔާ ހަމަކަށަވަރުން އަހުރެމެންވާނީ ކަނޑައެޅިގެން ފާފަވެރިންކަމުގައި ކަމަށްބުނެ ހުވައިކުރާށެވެ!
Verse 107
فَإِنْ عُثِرَ عَلَىٰٓ أَنَّهُمَا ٱسْتَحَقَّآ إِثْمًا فَـَٔاخَرَانِ يَقُومَانِ مَقَامَهُمَا مِنَ ٱلَّذِينَ ٱسْتَحَقَّ عَلَيْهِمُ ٱلْأَوْلَيَـٰنِ فَيُقْسِمَانِ بِٱللَّهِ لَشَهَـٰدَتُنَآ أَحَقُّ مِن شَهَـٰدَتِهِمَا وَمَا ٱعْتَدَيْنَآ إِنَّآ إِذًا لَّمِنَ ٱلظَّـٰلِمِينَ
Transliteration fa-in ʿuthira ʿalā annahumā is'taḥaqqā ith'man faākharāni yaqūmāni maqāmahumā mina alladhīna is'taḥaqqa ʿalayhimu l-awlayāni fayuq'simāni bil-lahi lashahādatunā aḥaqqu min shahādatihimā wamā iʿ'tadaynā innā idhan lamina l-ẓālimīna
Dhivehi ދެންފަހެ އެދެމީހުންނަށް (އެބަހީ ހުވައިކުރި ދެމީހުންނަށް) ފާފަ حقّ ވެއްޖެކަމުގައި ސާބިތުވެ ފައުޅުވެއްޖެއްޔާ، (އެބަހީ: އެދެމީހުން خيانة ތެރިވެ ދޮގުހުވައިކުރިކަން ސާބިތުވެއްޖެއްޔާ) ميّت އާގެ ގާތްމީހުންކުރެ އެ وصيّة حقّ ވާމީހުންގެތެރެއިން ދެމީހުން (ކުރީދެމީހުން ދޮގުހެދިކަމުގައި) ﷲ ގަންދީ ހުވައިކުރާށެވެ! އެދެމީހުންގެ ހުވައިގައި ތިމާމެންގެ ހުވައި އެދެމީހުންގެ ހުވަޔަށްވުރެ މާ حقّ ކަންބޮޑުކަމާއި އަދި ތިމާމެން ތިމާމެންގެ ހުވައިގައި ހައްދުފަހަނަޅައި ނުދާކަމަށް ހުވައިކުރާނީއެވެ. އެހެންވެއްޖާ އެބަހީ އަނިޔާވެރިވެ ހައްދުފަހަނަޅައިގަތްނަމަ ހަމަކަށަވަރުން އަހުރެމެންވާހުށީ ކަނޑައެޅިގެން އަނިޔާވެރިންކަމުގައެވެ.
Verse 108
ذَٰلِكَ أَدْنَىٰٓ أَن يَأْتُوا۟ بِٱلشَّهَـٰدَةِ عَلَىٰ وَجْهِهَآ أَوْ يَخَافُوٓا۟ أَن تُرَدَّ أَيْمَـٰنٌۢ بَعْدَ أَيْمَـٰنِهِمْ ۗ وَٱتَّقُوا۟ ٱللَّهَ وَٱسْمَعُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ
Transliteration dhālika adnā an yatū bil-shahādati ʿalā wajhihā aw yakhāfū an turadda aymānun baʿda aymānihim wa-ittaqū l-laha wa-is'maʿū wal-lahu lā yahdī l-qawma l-fāsiqīna
Dhivehi އެގޮތް އެބަހީ މިއާޔަތްތަކުގައި މި بيان ވެދިޔަގޮތް އެފަދަ މައްސަލައިގައި ހެކިދިނުމާއި ހުވައި އޭގެ ސީދާތެދުގޮތުގައި قائم ވުން ގާތްކަންބޮޑެވެ. ނުވަތަ ކުރީ ހުވައިކުރި މީހުން ހުވައިކުރުމަށްފަހު އަލުން (ميّت އާގެ ވާރުތަވެރިންނަށް) ހުވައި ރައްދުވެދާނެކަމުގެ ބިރުގަތުން ކުޑަވާނެއެވެ. (އޭރުން އެފަދަދޮގު ހުވައިކުރުމުން ތިމާމެން فضيحة ވެދާނެކަމަށް ދޮގުހުވައި ނުކުރުންގާތެވެ. والله أعلم) އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! (އަދި އެކަލާނގެ ކަލޭމެންނަށް އަންގަވާ أمر ފުޅުތަކާއި وعظ نصيحة) ކަލޭމެން އަހާށެވެ! އަދި فاسق ވީ މީސްތަކުންނަށް ﷲ ތެދުމަގު ނުދައްކަވައެވެ. • ދަންނައެވެ. 106 ން 108 އަށް މިވާ ތިން އާޔަތުގައި މިވަނީ تَمِيْمُ الدَّرى އާއި (رضى ﷲ عنه) އަދި عَدِىّ بن بَدَّاء އާއި ދެކަލުން އިސްލާމްވެވަޑައިގެންނެވުމުގެކުރިން ކުރެއްވި ވިޔަފާރިދަތުރެއްގައި އެކީގައިދިޔަ އެހެންމީހަކު މަރަށް حاضر ވިހިނދު އޭނާކުރި وصيّة ގެ خبر އާއި އެޔާބެހޭގޮތުން އޮތް ވާހަކަތަކެއްކަމުގައި صحيح البخارى ގެ 278 ވަނަ حديث ގެ شرح ލިއުއްވަމުން الحافظ ابن حَجَزَ فَتْحُ البَارِىގައި ލިއުއްވާފައިވެއެވެ. މަރުވިމީހާ މަރުވުމުގެކުރިން އޭނާގެ وصية ލިޔެ އޭނާގެ މުދަލުގެތެރޭ ރައްކާކޮށްފާވެއެވެ. ދެން ކައިރީގައިތިބި ދެމީހުންނަށް وصيّة ކޮށް އޭނާގެ ވާރުތަވެރިންނަށް އެތަކެތި ގެންގޮސްދިނުމަށް حوال ކުރިއެވެ. ނަމަވެސް އެދެމީހުން އޭގެތެރެއިން ވަރަށްއަގުބޮޑު އެއްޗެއް ނަގާ ވިއްކާލާ ބޭނުންކޮށް ބާކީ ހުރިތަކެތި ވާރުތަވެރިންނަށް ގެންގޮސް ދިނުމުން އެމީހުން އެތަކެތި ބަލާހެދުމުގެތެރޭގައި އެ وصيّة ފެނި އެއިން އެއްޗެއް މަދުކަން އެނގި އެމައްސަލަ رسول ﷲ ﷺ ގެ އަރިހަށް އުފުލުމުން އެދެމީހުން ގެނެސް އެމީހުންގެ ހެކިބަސް ތެދުކަމުގައި ހުވައިވެސްކުރިއެވެ. ނަމަވެސް ވާރުތަވެރިންގެފަރާތުން އެއީ ދޮގުކަމުގައި ދެންނެވުމުން ވާރުތަވެރިންގެ ފަރާތުން އެދެމީހުންހެދީ ދޮގުކަމުގައި ހުވައިކުރުވީއެވެ. މިތިން އާޔަތުގައި އެވަނީ އެޔާބެހޭ ވާހަކައެވެ. والله أعلم.
Verse 109
۞ يَوْمَ يَجْمَعُ ٱللَّهُ ٱلرُّسُلَ فَيَقُولُ مَاذَآ أُجِبْتُمْ ۖ قَالُوا۟ لَا عِلْمَ لَنَآ ۖ إِنَّكَ أَنتَ عَلَّـٰمُ ٱلْغُيُوبِ
Transliteration yawma yajmaʿu l-lahu l-rusula fayaqūlu mādhā ujib'tum qālū lā ʿil'ma lanā innaka anta ʿallāmu l-ghuyūbi
Dhivehi ﷲ تعالى رسول ބޭކަލުން ޖަމާކުރައްވާދުވަހު އެބަހީ: قيامة ދުވަހު (އެދުވަހާއިމެދު ބިރުވެތިވާށެވެ!) ފަހެ އެބޭކަލުންނަށް އެކަލާނގެ وحي ކުރައްވާނެތެވެ. ތިޔަބޭކަލުންނަށް ޖަވާބުދެއްވުނީ ކިހިނަކުންތޯއެވެ؟ (އެބަހީ رسول ކަމަށް ގޮވައިލެއްވުމުން أمّة ގެފަރާތުން ލިބިވަޑައިގަތީ ކޮންޖަވާބެއްތޯއެވެ؟ އެބޭކަލުން ދަންނަވާނެއެވެ. އަޅަމެނަކަށް އޭގެ އެނގުމެއްނުވެއެވެ. (އެއީ ބިރުފުޅުގެބޮޑުކަމުން އެބޭކަލުންނަށް ދެންނެވުނު ޖަވާބެއްކަމަށް ބައެއް مفسّر ން ވިދާޅުވެއެވެ.) ހަމަކަށަވަރުން އިބަރަސްކަލާނގެއީ غيب ތައް ދެނެވޮޑިގަތުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 110
إِذْ قَالَ ٱللَّهُ يَـٰعِيسَى ٱبْنَ مَرْيَمَ ٱذْكُرْ نِعْمَتِى عَلَيْكَ وَعَلَىٰ وَٰلِدَتِكَ إِذْ أَيَّدتُّكَ بِرُوحِ ٱلْقُدُسِ تُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ ٱلْكِتَـٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ ۖ وَإِذْ تَخْلُقُ مِنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ بِإِذْنِى فَتَنفُخُ فِيهَا فَتَكُونُ طَيْرًۢا بِإِذْنِى ۖ وَتُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ بِإِذْنِى ۖ وَإِذْ تُخْرِجُ ٱلْمَوْتَىٰ بِإِذْنِى ۖ وَإِذْ كَفَفْتُ بَنِىٓ إِسْرَٰٓءِيلَ عَنكَ إِذْ جِئْتَهُم بِٱلْبَيِّنَـٰتِ فَقَالَ ٱلَّذِينَ كَفَرُوا۟ مِنْهُمْ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ
Transliteration idh qāla l-lahu yāʿīsā ib'na maryama udh'kur niʿ'matī ʿalayka waʿalā wālidatika idh ayyadttuka birūḥi l-qudusi tukallimu l-nāsa fī l-mahdi wakahlan wa-idh ʿallamtuka l-kitāba wal-ḥik'mata wal-tawrāta wal-injīla wa-idh takhluqu mina l-ṭīni kahayati l-ṭayri bi-idh'nī fatanfukhu fīhā fatakūnu ṭayran bi-idh'nī watub'ri-u l-akmaha wal-abraṣa bi-idh'nī wa-idh tukh'riju l-mawtā bi-idh'nī wa-idh kafaftu banī is'rāīla ʿanka idh ji'tahum bil-bayināti faqāla alladhīna kafarū min'hum in hādhā illā siḥ'run mubīnun
Dhivehi مريم ގެފާނުންގެދަރިކަލުން عيسى عليه السّلام އަށް ﷲ وحي ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނަށް وحي ކުރެއްވިއެވެ.) ކަލޭގެފާނުންގެ މައްޗަށާއި ކަލޭގެފާނުންގެ މަންމާފުޅުގެމައްޗަށްވާ ތިމަންރަސްކަލާނގެލެއްވި نعمة ކަލޭގެފާނު ހަނދުމަފުޅުކުރައްވާށެވެ! އެއީ روح القُدس މެދުވެރިކުރައްވައި - (جبريل عليه السّلام) މެދުވެރިކުރައްވައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގަދަކޮށްދެއްވާ ސާބިތުކޮށްދެއްވިހިނދުގައެވެ. ކަލޭގެފާނު ހަމަ ވިހޭތާ ތަންމަތީގައިވާ ކުޑަކުއްޖަކުކަމުގައިވީ حال ކޮޅުގައްޔާއި އަދި ބޮޑުފިރިހެނަކުކަމުގައިވާ حال ކޮޅު މީސްތަކުންނާ ވާހަކަފުޅު ދެއްކެވީމުއެވެ. (އެއީ ކަލޭގެފާނުންގެމައްޗަށްވާ ތިމަންރަސްކަލާނގެ نعمة އެވެ.) އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް އަތްޕުޅުންލިއުއްވުމާއި ގަދަވިސްނުންފުޅާއި توراة އާއި އަދި إنجيل އުގަންނަވައިދެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ! އެއީ ކަލޭގެފާނަށްވާ ތިމަންރަސްކަލާނގެ نعمة އެވެ.) އަދި ކަލޭގެފާނު މަށިން ދޫންޏެއްގެ ސިފައިގާ ހަދާފާ ތިމަންރަސްކަލާނގެ އިޒުނަފުޅަށް އެއަށް ކަލޭގެފާނު ފުމެލެއްވުމުން ހަމަ ދޫންޏަކަށްވެދެއެއެވެ. (އެއީ ކަލޭގެފާނަށްވާ ތިމަންރަސްކަލާނގެ نعمة އެވެ.) އަދި އެއްގޮތަކަށް ލޮލުގެ އަލިކަން ނެތްމީހުންނަށާއި ބަރޮސްބަލިޖެހިފައިވާމީހުންނަށް ތިމަންރަސްކަލާނގެ އިޒުނަފުޅުން ކަލޭގެފާނު ފަސޭހަކޮށްދެއްވުމެވެ. އަދި މަރުވެފައިވާމީހުން ދިރިގެން ކައްވަޅުތަކުން ތިމަންރަސްކަލާނގެ އިޒުނަފުޅަށް ކަލޭގެފާނު ނެރުއްވަމުއެވެ. އަދި بني إسرائيل ގެ ގެގާތަށް ކަލޭގެފާނު ބަޔާންވެގެންވާ دليل ތަކާއިގެން ވަޑައިގެންނެވުމުން (އެމީހުން ކަލޭގެފާނު އަވަހާރަކޮށްލުމަށް قصد ކުރިހިނދު) ކަލޭގެފާނުގެ ކިބައިން بني إسرائيل ން ތިމަންރަސްކަލާނގެ دفاع ކޮށްދެއްވާ ދުރުކޮށްދެއްވީމެވެ. ދެން ފަހެ ކާފަރުންގެމީހުން ބުނީ މިއީ ހަމަ بيان ވެގެންވާ سحر އެއްކަމުގައި މެނުވީ ނުވެއެވެ. (އެބަހީ عيسى عليه السّلام ގެންނެވި معجزات ތަކަކީ ބަޔާންވެގެންވާ سحر އެކެވެ.)
Verse 111
وَإِذْ أَوْحَيْتُ إِلَى ٱلْحَوَارِيِّـۧنَ أَنْ ءَامِنُوا۟ بِى وَبِرَسُولِى قَالُوٓا۟ ءَامَنَّا وَٱشْهَدْ بِأَنَّنَا مُسْلِمُونَ
Transliteration wa-idh awḥaytu ilā l-ḥawāriyīna an āminū bī wabirasūlī qālū āmannā wa-ish'had bi-annanā mus'limūna
Dhivehi އަދި حَوَارىُّ ންނަށް ތިމަންރަސްކަލާނގެއަށާއި އަދި ތިމަންރަސްކަލާނގެ رسول އާއަށް ކަލޭމެން އީމާންވާށޭ وحي ކުރެއްވުމުން އެމީހުން ދެންނެވިއެވެ. އަޅަމެން އީމާންވެއްޖައީމެވެ. އަދި ހަމަކަށަވަރުން އަޅަމެން ކިޔަމަންތެރިވެގެންވާކަމުގައި އިބަރަސްކަލާނގެ ހެކިވެވޮޑިގަންނަވާށެވެ!
Verse 112
إِذْ قَالَ ٱلْحَوَارِيُّونَ يَـٰعِيسَى ٱبْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ ۖ قَالَ ٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ
Transliteration idh qāla l-ḥawāriyūna yāʿīsā ib'na maryama hal yastaṭīʿu rabbuka an yunazzila ʿalaynā māidatan mina l-samāi qāla ittaqū l-laha in kuntum mu'minīna
Dhivehi (عيسى عليه السّلام ގެ أصحاب ން) ދެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އޭ مَرْيَم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام އެވެ!) އަޅުގަނޑުމެންނަށް އުޑުން ކާނާދޮލަނގެއް ބާވައިލެއްވުމަށް ކަލޭގެފާނުންގެ رَبّ އަށް ކުޅަދުންވަންތަވެވޮޑިގެންވޭތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންނަކީ مؤمن ންކަމުގައިވަންޏާ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ!
Verse 113
قَالُوا۟ نُرِيدُ أَن نَّأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَن قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ ٱلشَّـٰهِدِينَ
Transliteration qālū nurīdu an nakula min'hā wataṭma-inna qulūbunā wanaʿlama an qad ṣadaqtanā wanakūna ʿalayhā mina l-shāhidīna
Dhivehi އެމީހުން ދެންނެވިއެވެ. އަޅުގަނޑުމެން އެދެނީ އެއިން އަޅުގަނޑުމެން ކެއުމާއި އަދި އަޅުގަނޑުމެންގެ ހިތްތައް ހަމަޖެހުމާއި އަދި ކަލޭގެފާނު އަޅުގަނޑުމެން ތެދުކުރައްވައިފިކަން އަޅުގަނޑުމެންނަށް އެނގުމާއި އަދި އެކަމުގެމައްޗަށް ހެކިދޭބަޔަކުކަމުގައި އަޅުގަނޑުމެންވުމަށެވެ.
Verse 114
قَالَ عِيسَى ٱبْنُ مَرْيَمَ ٱللَّهُمَّ رَبَّنَآ أَنزِلْ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَءَاخِرِنَا وَءَايَةً مِّنكَ ۖ وَٱرْزُقْنَا وَأَنتَ خَيْرُ ٱلرَّٰزِقِينَ
Transliteration qāla ʿīsā ub'nu maryama l-lahuma rabbanā anzil ʿalaynā māidatan mina l-samāi takūnu lanā ʿīdan li-awwalinā waākhirinā waāyatan minka wa-ur'zuq'nā wa-anta khayru l-rāziqīna
Dhivehi مريم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام) ދެންނެވިއެވެ. އޭ އަޅަމެންގެ رَبّ، މަތިވެރި ﷲ އެވެ! އަޅަމެންނަށް އުޑުން ކާތަކެތީކެ ދޮލަނގެއް ބާވައިލައްވާނދޭވެ! އެއީ އަޅަމެންގެ ކުރީގެ މީހުންނާއި އަދި ފަހުގެ މީހުންނަށްވާ عيد އެއްގެގޮތުންނެވެ. (އެބަހީ މިހާރުތިބިމީހުންނަށާއި ފަހުން އަންނަ ބަޔަކަށްވެސް عيدއެއްގެގޮތުންނާއި އަދި އިބަރަސްކަލާނގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަ ކަމުގެ މައްޗަށްވާ دليل އެއްގެ ގޮތުންނެވެ. އަދި އިބަރަސްކަލާނގެ އަޅަމެންނަށް ރިޒުގުދެއްވާނދޭވެ! އަދި އިބަރަސްކަލާނގެއީ އެންމެހެޔޮގޮތުގައި ރިޒުގުދެއްވާ ކަލާނގެއެވެ.
Verse 115
قَالَ ٱللَّهُ إِنِّى مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّىٓ أُعَذِّبُهُۥ عَذَابًا لَّآ أُعَذِّبُهُۥٓ أَحَدًا مِّنَ ٱلْعَـٰلَمِينَ
Transliteration qāla l-lahu innī munazziluhā ʿalaykum faman yakfur baʿdu minkum fa-innī uʿadhibuhu ʿadhāban lā uʿadhibuhu aḥadan mina l-ʿālamīna
Dhivehi ﷲ تعالى وحي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަލޭމެންގެމައްޗަށް އެދޮލަނގު ބާވައިލައްވާނޭ ކަލާނގެއެވެ. ދެންފަހެ އެއަށްފަހު (އެބަހީ އެދޮލަނގު ބާވައިލެއްވުމަށްފަހު) ކަލޭމެންކުރެ ކާފަރުވެއްޖެމީހާ (ދަންނައެވެ!) ފަހެ ހަމަކަށަވަރުން އެމީހަކަށް މުޅި عَالم ތަކުގެ އެކަކަށްވެސް ތިމަންރަސްކަލާނގެ عذاب ނުދެއްވާ ވަރަށް (އެހާގަދަ عذاب ން) عذاب ދެއްވާހުށީމެވެ.
Verse 116
وَإِذْ قَالَ ٱللَّهُ يَـٰعِيسَى ٱبْنَ مَرْيَمَ ءَأَنتَ قُلْتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَـٰهَيْنِ مِن دُونِ ٱللَّهِ ۖ قَالَ سُبْحَـٰنَكَ مَا يَكُونُ لِىٓ أَنْ أَقُولَ مَا لَيْسَ لِى بِحَقٍّ ۚ إِن كُنتُ قُلْتُهُۥ فَقَدْ عَلِمْتَهُۥ ۚ تَعْلَمُ مَا فِى نَفْسِى وَلَآ أَعْلَمُ مَا فِى نَفْسِكَ ۚ إِنَّكَ أَنتَ عَلَّـٰمُ ٱلْغُيُوبِ
Transliteration wa-idh qāla l-lahu yāʿīsā ib'na maryama a-anta qul'ta lilnnāsi ittakhidhūnī wa-ummiya ilāhayni min dūni l-lahi qāla sub'ḥānaka mā yakūnu lī an aqūla mā laysa lī biḥaqqin in kuntu qul'tuhu faqad ʿalim'tahu taʿlamu mā fī nafsī walā aʿlamu mā fī nafsika innaka anta ʿallāmu l-ghuyūbi
Dhivehi އަދި ﷲ تعالى وحي ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލާނގެ وحي ކުރެއްވިއެވެ. އޭ مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام އެވެ! މީސްތަކުންގެގާތުގައި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުންގެ މަންމާފުޅު އެއީ ﷲ ފިޔަވައި ދެ إله ންކަމުގައި ކަލޭމެން ހިފާ إختيار ކުރާށޭ ވިދާޅުވީ ކަލޭގެފާނުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. މިއަޅާއަށް އެއްވެސް حقّ އެއް ނުވާކަމެއްގެ ވާހަކަ މީސްތަކުންނަށް ބުނުމަކީ އެއްގޮތަކަށްވެސް މިއަޅާއަށް ހުއްދަވާނޭކަމެއްނޫނެވެ. މިއަޅާ އެފަދަ އެއްޗެއްބުނިނަމަވެސް ހަމަކަށަވަރުން އިބަރަސްކަލާނގެ އެއެއްޗެއް ދެނެވޮޑިގެންވެއެވެ. މިއަޅާގެ نفس ގައި ވާނަމަވާހާކަމެއް އިބަރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އިބަރަސްކަލާނގެ ذات ފުޅުގައިވާ އެއްވެސް ކަމެއް މިއަޅާއަކަށް ނޭނގެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ غيب ތައް ދެނެވޮޑިގަތުން ބޮޑުވެގެންވާ ކަލާނގެއެވެ.
Verse 117
مَا قُلْتُ لَهُمْ إِلَّا مَآ أَمَرْتَنِى بِهِۦٓ أَنِ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَىْءٍ شَهِيدٌ
Transliteration mā qul'tu lahum illā mā amartanī bihi ani uʿ'budū l-laha rabbī warabbakum wakuntu ʿalayhim shahīdan mā dum'tu fīhim falammā tawaffaytanī kunta anta l-raqība ʿalayhim wa-anta ʿalā kulli shayin shahīdun
Dhivehi އިބަރަސްކަލާނގެ އެކަމަކަށް މިއަޅާއަށް أمر ކުރެއްވިކަމެއްމެނުވީ މިއަޅާ އެމީހުންނަށް ނާންގަމެވެ. ނުބުނަމެވެ. (އެމީހުންނަށް ބުނީ އިބަރަސްކަލާނގެ އެންގެވި أمر ފުޅެވެ. އެއީ) ކަލޭމެން ﷲ އަށް އެކަނި އަޅުކަންކުރާށެވެ! އެއީ ތިމަންކަލޭގެފާނާއި ކަލޭމެންގެވެރި ربّ އެވެ. (މިހެންނެވެ.) އަދި މިއަޅާ އެމީހުންގެތެރޭގައި ވީހިނދު މިއަޅާވީ އެމީހުންގެމައްޗަށް ހެކިވެރިކަމުގައި حاضر ވެގެންނެވެ. ދެންފަހެ އިބަރަސްކަލާނގެ މިއަޅާ މަރުގެންނެވުމުން އެމީހުންގެ ކަންތައް ބައްލަވާ ރައްކާތެރިކުރައްވާ رَقِيْب އަކުކަމުގައި ވޮޑިގެންވީ ހަމަ އިބަރަސްކަލާނގެއެވެ. އަދި އިބަރަސްކަލާނގެ ހުރިހާކަމެއްގެމައްޗަށް ހެކިވެވޮޑިގެންވެއެވެ.
Verse 118
إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ
Transliteration in tuʿadhib'hum fa-innahum ʿibāduka wa-in taghfir lahum fa-innaka anta l-ʿazīzu l-ḥakīmu
Dhivehi އިބަރަސްކަލާނގެ އެމީހުންނަށް عذاب ދެއްވިނަމަވެސް (އެއީވެސް ހަމަ حقّ އެވެ.) އަދި އިބަރަސްކަލާނގެ އެމީހުންނަށް ފާފަފުއްސެވިއްޔާވެސް (އެއީ އިބަރަސްކަލާނގެ رحمة އާއި فضل ވަންތަކަމެވެ.) ހަމަކަށަވަރުން އެއީވެސް އިބަރަސްކަލާނގެ އަޅުންނެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ عزّة ވަންތަ (އެބަހީ: ގަދަފަދަވަންތަ) حكمة ވަންތަ ކަލާނގެއެވެ.
Verse 119
قَالَ ٱللَّهُ هَـٰذَا يَوْمُ يَنفَعُ ٱلصَّـٰدِقِينَ صِدْقُهُمْ ۚ لَهُمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۚ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ
Transliteration qāla l-lahu hādhā yawmu yanfaʿu l-ṣādiqīna ṣid'quhum lahum jannātun tajrī min taḥtihā l-anhāru khālidīna fīhā abadan raḍiya l-lahu ʿanhum waraḍū ʿanhu dhālika l-fawzu l-ʿaẓīmu
Dhivehi ﷲ تعالى وحي ކުރެއްވިއެވެ. (އެބަހީ: قيامة ދުވަހުން ﷲ وحي ކުރައްވާނެއެވެ.) މިއަދަކީ ތެދުވެރިންނަށް އެމީހުންގެ ތެދުވެރިކަން އެމީހުންނަށް مَنْفَعَ ކޮށްދޭނޭ ދުވަހެވެ. އެމީހުންނަށް އެދުވަހުން ހުރީ އެތަންތާނގެދަށުން އާރުތައްދެމޭ ބަގީޗާތަކާއި (އެބަހީ: ސުވަރުގެތަކާއި) އެތާނގެ نعمة އެވެ. އެމީހުން ދާއިމީގޮތެއްގައި އެތާ ދެމިތިބޭނޭގޮތުންނެވެ. އަދި އެމީހުންނަށް ﷲ ރުއްސުންލައްވައި އަދި އެމީހުންވެސް ﷲ އަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ.
Verse 120
لِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا فِيهِنَّ ۚ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌۢ
Transliteration lillahi mul'ku l-samāwāti wal-arḍi wamā fīhinna wahuwa ʿalā kulli shayin qadīrun
Dhivehi އުޑުތަކާއި ބިމުގެ މުޅިވެރިކަމާއި އަދި އެތަންތާނގައިވާހާއެއްޗެއް خاصّ ވެ މިލްކުވެގެންވަނީ ހަމަ ﷲ އަށެވެ. (ކަލޭމެން ތިޔަހީކުރާގޮތަކަށް عيسى عليه السّلام އަށާއި އެކަލޭގެފާނުންގެ މަންމާފުޅަކަށް އަދި އެހެން އެއްވެސް مخلوق އަކަށް ނޫނެވެ.) އަދި އެކަލާނގެ ހުރިހާކަމެއްގެމައްޗަށް ކުޅަދުންވަންތަވެވޮޑިގެންވެއެވެ.
Read Surah Al-Ma'idah in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Malayalam
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Dhivehi: the Qur’an in Dhivehi.
Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.