MyDugsiStart learning

Surah Al-Isra in Dhivehi: translation and audio

Surah 17 · الإسراء · The Night Journey · 111 verses

Surah Al-Isra verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Isra word by word in English.

Verse 1

سُبْحَـٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَـٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَـٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ

Transliteration sub'ḥāna alladhī asrā biʿabdihi laylan mina l-masjidi l-ḥarāmi ilā l-masjidi l-aqṣā alladhī bāraknā ḥawlahu linuriyahu min āyātinā innahu huwa l-samīʿu l-baṣīru

Dhivehi ރޭގަނޑެއްގެ ވަގުތުކޮޅެއްގައި އެކަލާނގެ އަޅާ محمّد ﷺ، مكّة ގައި ހުންނަ مَسْجِدُ اْلحَرَام ން بَيْتُ اْلمَقْدِس ގައި ހުންނަ مَسْجِدُ اْلأَقْصَى އަށް ގެންދެވި ކަލާނގެ ހުސް طاهر ވަންތަކަމާއެވެ! އެ مَسْجِدُ اْلأَقْصَى އަކީ އެތާނގެ ވަށައިގެން ތިމަންރަސްކަލާނގެ بركاة ލައްވާފައިވާ ތަނެކެވެ. (އެއީ މޭވާއާއި ފެނުގެ މުއްސަނދިކަމާއި އަދި نبي ބޭކަލުންނާއި صالح ބޭބޭކަލުން އުޅުއްވި ތަންތަން އެތާވާތަނެކެވެ. ދުނިޔެއާއި آخرة ގެ ހެޔޮއެކުލެވިގެންވާ ތަނެކެވެ.) ދެންފަހެ ތިމަންރަސްކަލާނގެ އަޅާ އެގެންދެވީ ތިމަންރަސްކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ ބައެއް دليل އާއި عجائبات އެކަލޭގެފާނަށް ދެއްކެވުމަށެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.

Verse 2

وَءَاتَيْنَا مُوسَى ٱلْكِتَـٰبَ وَجَعَلْنَـٰهُ هُدًى لِّبَنِىٓ إِسْرَٰٓءِيلَ أَلَّا تَتَّخِذُوا۟ مِن دُونِى وَكِيلًا

Transliteration waātaynā mūsā l-kitāba wajaʿalnāhu hudan libanī is'rāīla allā tattakhidhū min dūnī wakīlan

Dhivehi އަދި ތިމަންރަސްކަލާނގެ موسى عليه السّلام އަށް توراة ދެއްވީމެވެ. އަދި އެފޮތް އެއީ بني إسرائيل ންނަށްވާ ތެދުމަގެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. (އަދި އެމީހުންނަށް އެންގެވީމެވެ.) ތިމަންރަސްކަލާނގެ ފިޔަވައި ކަލޭމެން شريك އަކު އެބަހީ- ކަންކަމުގައި ބަރޯސާކޮށް حوال ކުރާނެ އެހެންފަރާތެއް إختيار ނުކުރާށެވެ!

Verse 3

ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُۥ كَانَ عَبْدًا شَكُورًا

Transliteration dhurriyyata man ḥamalnā maʿa nūḥin innahu kāna ʿabdan shakūran

Dhivehi އޭ نوح عليه السّلام އާއިއެކު ނައުކޮޅުގައި ތިމަންރަސްކަލާނގެ އުފުއްލެވިމީހުންގެ ދަރިންނޭވެ! (އެބަހީ: އެންމެހައި މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް شكر ކުރާށެވެ!) ހަމަކަށަވަރުން އެކަލޭގެފާނުވެވަޑައިގަންނަވަނީ - އެބަހީ: نوح عليه السّلام ވެވަޑައިގެންނެވީ ގިނަގިނައިން ﷲ އަށް شكر ކުރައްވާ އަޅަކުކަމުގައެވެ.

Verse 4

وَقَضَيْنَآ إِلَىٰ بَنِىٓ إِسْرَٰٓءِيلَ فِى ٱلْكِتَـٰبِ لَتُفْسِدُنَّ فِى ٱلْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا

Transliteration waqaḍaynā ilā banī is'rāīla fī l-kitābi latuf'sidunna fī l-arḍi marratayni walataʿlunna ʿuluwwan kabīran

Dhivehi އަދި موسى عليه السّلام އަށް ބާވައިލެއްވި ފޮތުގައި އެބަހީ: توراة ގައި بني إسرائيل ންގެ މީހުން ބިމުގައި يعني: بيت المقدس ގައި ދެފަހަރެއްގެމަތީ ﷲ އަށް އުރެދި فساد ވެރިކަން އުފައްދާނެކަމަށް ނިޔާކުރައްވައި ނިންމަވާފައިވާނެއެވެ. އަދި ވަރަށްބޮޑަށް (މީސްތަކުންގެމައްޗަށް) ބޮޑާވެ كِبْرُ ވެރިވާނެކަމަށް ނިންމެވީމެވެ. (އެމީހުން أشعياء قتل ކޮށް أرْمِيَاء ހައްޔަރުކޮށް ހެދިކަމުގައިވިއެވެ.)

Verse 5

فَإِذَا جَآءَ وَعْدُ أُولَىٰهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَآ أُو۟لِى بَأْسٍ شَدِيدٍ فَجَاسُوا۟ خِلَـٰلَ ٱلدِّيَارِ ۚ وَكَانَ وَعْدًا مَّفْعُولًا

Transliteration fa-idhā jāa waʿdu ūlāhumā baʿathnā ʿalaykum ʿibādan lanā ulī basin shadīdin fajāsū khilāla l-diyāri wakāna waʿdan mafʿūlan

Dhivehi ދެންފަހެ އެދެފަހަރުންކުރެ ފުރަތަމަފަހަރު އައިހިނދު (އެބަހީ: ފުރަތަމަފަހަރު އެމީހުން އުރެދި ބިމުގައި ފަސާދަކުރިހިނދުން) އެމީހުންގެމައްޗަށް (އެމީހުން ހަލާކުކުރުމަށް) ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން ވަރަށްގަދަފަދަ ބާރުހުރި އަޅަކު ފޮނުއްވީމެވެ. އެމީހުންގެމައްޗަށް ފާކުރެއްވީމެވެ. (އެމީހަކީ بَابِل ކަރައިގެ بُخْتُنَصْرُ އާއި އޭނާގެ لشكر ކަމުގައި ބުނެވުނެވެ. މިއީ ވަރަށް إختلاف ހުރި ވާހަކަތަކެކެވެ. والله أعلم بالصّواب)\nދެންފަހެ އެމީހުން އަރައިގަނެ ގޯތިގެދޮރުގެތެރެއަށް ވަދެ މީހުންތައް މަރާ ތަންތަން ހަލާކުކުރިކަމުގައިވިއެވެ. އަދި އެކަމަކީ ހަމަ ކޮންމެހެން ހިނގާނެކަމެއްކަމުގައި وعد ވެވިގެންވީ ކަމެކެވެ.

Verse 6

ثُمَّ رَدَدْنَا لَكُمُ ٱلْكَرَّةَ عَلَيْهِمْ وَأَمْدَدْنَـٰكُم بِأَمْوَٰلٍ وَبَنِينَ وَجَعَلْنَـٰكُمْ أَكْثَرَ نَفِيرًا

Transliteration thumma radadnā lakumu l-karata ʿalayhim wa-amdadnākum bi-amwālin wabanīna wajaʿalnākum akthara nafīran

Dhivehi ދެން އަލުންވެސް (އޭ بني إسرائيل ންނޭވެ!) އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ ކަލޭމެން ގަދަކުރައްވައި ވެރިކަމާއި ބާރު ކަލޭމެނަށް ރައްދުކުރެއްވީމެވެ. އަދި މުދަލާއި ދަރީންނުން ތިމަންރަސްކަލާނގެ ކަލޭމެންނަށް مدد ކޮށްދެއްވައި ގަދަކުރެއްވީމެވެ. އަދި ހަނގުރާމައިގެ عدد ގިނަބަޔަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭމެން ލެއްވީމެވެ.

Verse 7

إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَآءَ وَعْدُ ٱلْـَٔاخِرَةِ لِيَسُـۥٓـُٔوا۟ وُجُوهَكُمْ وَلِيَدْخُلُوا۟ ٱلْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا۟ مَا عَلَوْا۟ تَتْبِيرًا

Transliteration in aḥsantum aḥsantum li-anfusikum wa-in asatum falahā fa-idhā jāa waʿdu l-ākhirati liyasūū wujūhakum waliyadkhulū l-masjida kamā dakhalūhu awwala marratin waliyutabbirū mā ʿalaw tatbīran

Dhivehi ކަލޭމެން (ބަހާއި عمل ގެގޮތުން) ރަނގަޅުކޮށް ހެޔޮކޮށް ކަންތައްތައްކުރަންޏާ އެކަމުގެ ހެޔޮކަމާއި ރަނގަޅުކަން އަދި އޭގެ ދަރުމަޔާއި ثواب ހުންނަހުށީ ހަމަ ކަލޭމެންގެ نفس ތަކަށެވެ. އަދި ކަލޭމެން ނުބައިނުލަފާކޮށް ކަންތައްތައްކުރިއްޔާ އެކަމުގެ ނުބައިކަމާއި ދެރަކަން އޮންނާނީ ހަމަ ކަލޭމެންގެ نفس ތަކަށެވެ. ދެންފަހެ ދެވަނަފަހަރު (بني إسرائيل ންގެމީހުން ބިންމަތި ފަސާދަކޮށް ﷲ ގެ أمر ފުޅުތަކަށް އުރެދުމުގެ وقت އައިހިނދުން އެކަން އައީ (އޭ بني إسرائيل ންނޭވެ!) ކަލޭމެންގެ ބޮޑެތިބޮޑެތި މީހުން ދެރަކޮށް މޫނުތައް ނުބައިކުރުމަށެވެ. އެމީހުންގެ ބޮޑާކަމަށްފަހު ދެރަކޮށް ނިކަމެތި ކުރުމަށެވެ. އަދި އެ عدواة ތެރިން އަރައިގެންއައިސް بَيْتُ المقدس ގައިވާ مَسْجِدُ اْلأَقْصَى ކުރީފަހަރުވެސް އެއައި عدوّ ން ހަލާކުކުރިފަދައިން ހަލާކުކޮށް އެމީހުން އެއެރި ހުރިހާތަނެއް މުޅިން ބަރުބާދުކޮށް ސުންނާފަތިކުރުމަށެވެ. • ދަންނައެވެ. بني إسرائيل ން ދެވަނަފަހަރު ކުރި އެންމެބޮޑު فَسَاد އަކީ يَحْى عليه السّلام قتل ކޮށް توراة ގެ حكم ތަކަށް އުރެދުންކަމުގައިވެއެވެ. އެފަހަރު އެމީހުންގެމައްޗަށް ﷲ ފާކުރެއްވީ مَلِكُ الرُّوم ކަމުގައި ބުނެވުނެވެ. -والله أعلم ކޮންމެއަކަސް މިވާހަކަތަކަކީ ވަރަށް إختلاف ވެވިފައިވާ ވާހަކަތަކެކެވެ.

Verse 8

عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ ۚ وَإِنْ عُدتُّمْ عُدْنَا ۘ وَجَعَلْنَا جَهَنَّمَ لِلْكَـٰفِرِينَ حَصِيرًا

Transliteration ʿasā rabbukum an yarḥamakum wa-in ʿudttum ʿud'nā wajaʿalnā jahannama lil'kāfirīna ḥaṣīran

Dhivehi (އޭ بني إسرائيل ންނޭވެ!) ކަލޭމެންގެ ربّ ކަލޭމެންނަށް رحمة ލެއްވުން أمّيد ކުރެވެއެވެ. (ކަލޭމެން توبة ވެ ﷲ ގެ މަގަށް رجوع ވުމުން އެކަލާނގެ ކަލޭމެނަށް رحمة ލައްވާނެތެވެ.) އަދި ކަލޭމެން ކަލޭމެންގެ އުރެދުމާއި مَعْصِيَة ގެތެރެއަށް އަލުންވެސް رجوع ވެ އެފަދަ ކަންތައްތައްކުރަންޏާ ތިމަންރަސްކަލާނގެވެސް ކަލޭމެން ނިކަމެތިކުރެއްވުމާއި، قتل ކުރެއްވުމާއި، އަޅުވެތިވުމުގެމައްޗަށް رجوع ވާހުށީމެވެ. (ޖަޒާ، عمل އާއި އެއްގޮތަށެވެ.) އަދި ނަރަކަ އެއީ ކާފަރުވެއްޖެބަޔަކަށްވާ ޖަލެއްކަމުގައި ނުވަތަ އެމީހުން އޮށޯންނަ ކުނަލެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.

Verse 9

إِنَّ هَـٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ أَجْرًا كَبِيرًا

Transliteration inna hādhā l-qur'āna yahdī lillatī hiya aqwamu wayubashiru l-mu'minīna alladhīna yaʿmalūna l-ṣāliḥāti anna lahum ajran kabīran

Dhivehi ހަމަކަށަވަރުން މި ކީރިތި قرآن މަގުދައްކަނީ ހަމަ އެންމެ ސީދާ ތެދުމަގަށެވެ. އަދި إيمان ވެގެން صالح عمل ކުރާ މީސްތަކުންނަށް ހަމަކަށަވަރުންވެސް ބޮޑުވެގެންވާ ދަރުމަޔާއި ثواب އެއް ހުރިކަމުގެ އުފާވެރިކަމުގެ خبر މި قرآن ދެއްވައެވެ.

Verse 10

وَأَنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا

Transliteration wa-anna alladhīna lā yu'minūna bil-ākhirati aʿtadnā lahum ʿadhāban alīman

Dhivehi އަދި ހަމަކަށަވަރުން آخرة ދުވަހަށް إيمان ނުވާ މީސްތަކުން (ދަންނައެވެ!) ވޭންދެނިވި عذاب އެއް ތިމަންރަސްކަލާނގެ އެމީހުނަށް ތައްޔާރުކުރީމެވެ.

Verse 11

وَيَدْعُ ٱلْإِنسَـٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلْخَيْرِ ۖ وَكَانَ ٱلْإِنسَـٰنُ عَجُولًا

Transliteration wayadʿu l-insānu bil-shari duʿāahu bil-khayri wakāna l-insānu ʿajūlan

Dhivehi އަދި އޭނާއަށް رحمة ލައްވާ ހެޔޮކަންތަކަށް دعاء ކުރާފަދައިން އޭނާގެ މައްޗަށް ނުބައި ކަންތައް ދިމާކުރެއްވުމަށްވެސް އޭނާ دعاء ކުރެއެވެ. (އެއީ ހިތްދަތިވެ ދެރަވާ ކަންތައް ދިމާވީމާ ތިމާގެ نفس އަށް ހަލާކާއި مصيبة އައުމަށް دعاء ކުރުމެވެ.) އަދި އިންސާނާ ވަނީ އަވަސްމީހަކު ކަމުގައެވެ. (ކެތްތެރިކަންކުޑަ މީހަކުކަމުގައެވެ.)

Verse 12

وَجَعَلْنَا ٱلَّيْلَ وَٱلنَّهَارَ ءَايَتَيْنِ ۖ فَمَحَوْنَآ ءَايَةَ ٱلَّيْلِ وَجَعَلْنَآ ءَايَةَ ٱلنَّهَارِ مُبْصِرَةً لِّتَبْتَغُوا۟ فَضْلًا مِّن رَّبِّكُمْ وَلِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ وَكُلَّ شَىْءٍ فَصَّلْنَـٰهُ تَفْصِيلًا

Transliteration wajaʿalnā al-layla wal-nahāra āyatayni famaḥawnā āyata al-layli wajaʿalnā āyata l-nahāri mub'ṣiratan litabtaghū faḍlan min rabbikum walitaʿlamū ʿadada l-sinīna wal-ḥisāba wakulla shayin faṣṣalnāhu tafṣīlan

Dhivehi އަދި ރޭގަނޑާއި ދުވާލު އެއީ (ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެ) ދެ علامة ކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ރޭގަނޑުކަމުގައިވާ علامة ތިމަންރަސްކަލާނގެ އަނދިރިކުރެއްވީމެވެ. އަދި ދުވާލުކަމުގައިވާ علامة ތިމަންރަސްކަލާނގެ ލެއްވީ ތަކެތި ފެންނަގޮތަށް އަލިކޮންނެވެ. (އަދި ރޭގަނޑުގެ علامة އެއީ ހަނދުކަމާއި ދުވާލުގެ علامة އެއީ އިރުކަމުގައި ވިދާޅުވާ ބޭކަލުންވެސްވެއެވެ. والله أعلم) ދެންފަހެ އެކަންތައްތައް އެފަދައިންލެއްވީ ކަލޭމެން ކަލޭމެންގެ ربّ ގެ فضل ވަންތަކަން އެދިގަނެ އެކަންކަން ލިބިގަތުމަށާއި އަދި އަހަރުތަކުގެ عدد ދެނެގަތުމަށާއި މައްސަރުތަކާއި ދުވަސްތަކުގެ ހިސާބު ދެނެގަތުމަށެވެ. އަދި ކޮންމެއެއްޗެއްވެސް އެ އެއްޗެއް تفصيل ކޮށް ތިމަންރަސްކަލާނގެ بيان ކޮށްދެއްވީމެވެ.

Verse 13

وَكُلَّ إِنسَـٰنٍ أَلْزَمْنَـٰهُ طَـٰٓئِرَهُۥ فِى عُنُقِهِۦ ۖ وَنُخْرِجُ لَهُۥ يَوْمَ ٱلْقِيَـٰمَةِ كِتَـٰبًا يَلْقَىٰهُ مَنشُورًا

Transliteration wakulla insānin alzamnāhu ṭāirahu fī ʿunuqihi wanukh'riju lahu yawma l-qiyāmati kitāban yalqāhu manshūran

Dhivehi އަދި ކޮންމެ އިންސާނަކަށްވެސް އޭނާކުރާނެ عمل އެއް އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. (އެއީ އޭނާ ދުނިޔެއަށް ފޮނުއްވިއިރުގައެވެ.) އަދި ފަތުރައިލެވިފައިވާ ފަތެއް قيامة ދުވަހުން ތިމަންރަސްކަލާނގެ އޭނާއަށް ނެރެދެއްވާހުށީމެވެ. (އެއީ އޭނާކުރި عمل ގެފަތެވެ.)

Verse 14

ٱقْرَأْ كِتَـٰبَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيبًا

Transliteration iq'ra kitābaka kafā binafsika l-yawma ʿalayka ḥasīban

Dhivehi (قيامة ދުވަހުން އޭނާއަށް އެންގޭނެއެވެ.) ކަލޭ ކަލޭގެ ފަތްކިޔާށެވެ. މިއަދު ކަލޭގެ نفس ގެ މައްޗަށް ހިސާބުކުރާމީހަކުކަމުގައި އެފަތް ފުދޭނެއެވެ.

Verse 15

مَّنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا

Transliteration mani ih'tadā fa-innamā yahtadī linafsihi waman ḍalla fa-innamā yaḍillu ʿalayhā walā taziru wāziratun wiz'ra ukh'rā wamā kunnā muʿadhibīna ḥattā nabʿatha rasūlan

Dhivehi ފަހެ ތެދުމަގު ލިބިގެންފިމީހާ (ދަންނައެވެ!) އެކަމުގެ ދަރުމަޔާއި ސަވާބުހުރިކަން ކަށަވަރީ ހަމަ އޭނާގެ އަމިއްލަ نفس އަށެވެ. އަދި މަގުފުރެދިއްޖެމީހާވެސް (ދަންނައެވެ!) ހަމަކަށަވަރުން އެކަމުގެ ގެއްލުމާއި ހަލާކު ހުންނަހުރީ ހަމައެމީހެއްގެ نفس އަށެވެ. އަދި ފާފައިގެ ބުރަ އުފުލާމީހަކު އެހެންމީހެއްގެ ފާފައިގެ ބުރަ ނުއުފުލާނެއެވެ. އަދި ތިމަންރަސްކަލާނގެ رسول އަކު ފޮނުއްވައިފުމަށްދާންދެން ދެން އޭގެފަހުގައި މެނުވީ (މީސްތަކުންނަށް) عذاب ދެއްވާކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންނުވެއެވެ. (އެބަހީ: މީސްތަކުންގެ ގާތަށް رسول ބޭކަލަކު ފޮނުއްވައި އެމީހުން އެބޭކަލަކަށް ނުކިޔަމަންތެރިވުމަށްފަހު މެނުވީ ތިމަންރަސްކަލާނގެ މީސްތަކުންނަށް عذاب ނުދެއްވާހުށީމެވެ.)

Verse 16

وَإِذَآ أَرَدْنَآ أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا۟ فِيهَا فَحَقَّ عَلَيْهَا ٱلْقَوْلُ فَدَمَّرْنَـٰهَا تَدْمِيرًا

Transliteration wa-idhā aradnā an nuh'lika qaryatan amarnā mut'rafīhā fafasaqū fīhā faḥaqqa ʿalayhā l-qawlu fadammarnāhā tadmīran

Dhivehi އަދި ރަށެއް ހަލާކުކުރެއްވުމަށް ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިއްޔާ އެރަށެއްގައި ތިބި مُتْرَفُ ންނަށް (ﷲ އަށް ކިޔަމަންތެރިވުމަށް) أمر ކުރައްވައެވެ. (مُتْرَفُ ންނަކީ ނުބައި ނުލަފާ جبّار ންނާއި ކަންކަމަށް ވެރިވެފައިވާ ބޮޑެތިމީހުންނާއި އަނިޔާވެރި ރަސްކަލުންނާއި ނުބައި ނުލަފާ މުއްސަނދިންނެވެ. އެމީހުންނަކީ ދުނިޔޭގެ حياة ގައި ގިނަ نعمة ލިބި އެކަމުގައި ތަނަވަސްވެ ބޮޑާވެ އަޗާތަޅާމީހުންނެވެ. جملة ކޮށް ބުނާނަމަ ތަނުގައި ބަސްކިޔާމީހުންކުރެ ތަނަވަސްކަމުގައި އުޅޭ ނުބައިމީހުންނެވެ. والله أعلم) ދެންފަހެ މިބައިމީހުން އެރަށުގައި ނުބައިކަންތައްތައްކޮށް ރަށް ފާސިދުކޮށްފާނެއެވެ. ދެން އެހައިރުން އެބައިމީހުންގެމައްޗަށް ކޯފާގެ ބަސްފުޅު حقّ ވެދެއެވެ. ދެން އެކީއެކައްޗަކަށް ތިމަންރަސްކަލާނގެ އެރަށެއް ހަލާކުކުރައްވައި ބަރުބާދުކުރައްވަމެވެ.

Verse 17

وَكَمْ أَهْلَكْنَا مِنَ ٱلْقُرُونِ مِنۢ بَعْدِ نُوحٍ ۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِۦ خَبِيرًۢا بَصِيرًا

Transliteration wakam ahlaknā mina l-qurūni min baʿdi nūḥin wakafā birabbika bidhunūbi ʿibādihi khabīran baṣīran

Dhivehi އަދި نوح عليه السّلام އަށްފަހު ވަރަށްގިނަ أمّة ތައް ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. (އެއީ އެމީހުން ފާފަވެރިވެ ނުކިޔަމަންތެރިވުމުންނެވެ.) އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ އެކަލާނގެ އަޅުތަކުންގެ ފާފަތައް ދެނެވޮޑިގެންވާ އަދި އެކަމުގެ خبر ކުރައްވާނޭކަލަކުކަމުގައި ފުދިވޮޑިގެންވެއެވެ. އެއްވެސް ކަމެއް އެކަލާނގެއަށް ސިއްރުވެގެން ނުވެއެވެ.

Verse 18

مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا

Transliteration man kāna yurīdu l-ʿājilata ʿajjalnā lahu fīhā mā nashāu liman nurīdu thumma jaʿalnā lahu jahannama yaṣlāhā madhmūman madḥūran

Dhivehi މިއަވަސްވެގެންވާ ދުނިޔޭގެ حياة ގެ ލާބަޔާއި منفع އަށް އެދޭމީހަކަށްވިއްޔާ ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިވަރަކަށް އެދިވޮޑިގެންނެވި އަޅަކަށް މިދުނިޔެއިން ދެއްވާހުށީމެވެ. ދެން އޭނާއަށް قيامة ދުވަހުން ތިމަންރަސްކަލާނގެ ލައްވާހުށީ ނަރަކައެވެ. ނިކަމެތިވެ މަލާމާތްލިބި ﷲ ގެ رحمة ން ދުރުވެގެންވާ حال އޭނާ އެނަރަކައަށް ވަންނަހުއްޓެވެ.

Verse 19

وَمَنْ أَرَادَ ٱلْـَٔاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَـٰٓئِكَ كَانَ سَعْيُهُم مَّشْكُورًا

Transliteration waman arāda l-ākhirata wasaʿā lahā saʿyahā wahuwa mu'minun fa-ulāika kāna saʿyuhum mashkūran

Dhivehi އެމީހަކު إيمان ވެގެންވާ حال އަދި آخرة ގެ ދަރުމަޔާ ثواب އެދިގެން އެ آخرة އަށްޓަކައި آخرة ގައި كامياب ވާފަދަ عمل ތައް ކޮށްފިމީހާ ދަންނައެވެ! ފަހެ އެފަދަމީހުންގެ عمل ތަކާއި މަސައްކަތްތައް އެއީ شكر ވެރިވެވޭނޭ عمل އެވެ. (ﷲ تعالى އެފަދަމީހުންނަށް ސުވަރުގޭގެ نعمة ތައް ދެއްވާނެތެވެ.)

Verse 20

كُلًّا نُّمِدُّ هَـٰٓؤُلَآءِ وَهَـٰٓؤُلَآءِ مِنْ عَطَآءِ رَبِّكَ ۚ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا

Transliteration kullan numiddu hāulāi wahāulāi min ʿaṭāi rabbika wamā kāna ʿaṭāu rabbika maḥẓūran

Dhivehi އަދި އެމީހުންނަށާއި (އެބަހީ: ދުނިޔެ އެދިގެން މަސައްކަތްކުރިމީހުންނަށާއި) އަދި މިމީހުންނަށް (އެބަހީ: آخرة އެދިގެން آخرة އަށްޓަކައި މަސައްކަތްކުރިމީހުންނަށާއި ދެބައިމީހުންކުރެ ކޮންމެ ބަޔަކަށްވެސް ކަލޭގެފާނުންގެ ربّ ގެ ދެއްވުންތަކުން އެކަލާނގެ مدد ކޮށްދެއްވައެވެ. (ކޮންމެ ބަޔަކަށްވެސް އެބަޔަކު އެދޭގޮތަކަށް ކުރިޔަށް ދިއުމުގެ ތަނަވަސްކަންދެއްވައެވެ.) އަދި ކަލޭގެފާނުންގެ ربّ ގެ އެދެއްވާ ދެއްވުންތައް (ދުނިޔޭގައި) ވަކިމަދުނުކުރައްވައެވެ. (ކާފަރަކަށްވިޔަސް مشرك އަކަށްވިޔަސް ވަކިމަދުނުކުރައްވައެވެ. އިރާދަކުރެއްވި ވަރަކަށް ދެއްވައެވެ.)

Verse 21

ٱنظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۚ وَلَلْـَٔاخِرَةُ أَكْبَرُ دَرَجَـٰتٍ وَأَكْبَرُ تَفْضِيلًا

Transliteration unẓur kayfa faḍḍalnā baʿḍahum ʿalā baʿḍin walalākhiratu akbaru darajātin wa-akbaru tafḍīlan

Dhivehi (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އޭގެ އެއްބައެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވާ މަތިވެރިކުރައްވާފައިވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ދެކެވަޑައިގެންބައްލަވާށެވެ! އަދި (آخرة އެދޭބަޔަކަށް) ހަމަކަށަވަރުންވެސް آخرة ގެ ދަރަޖަތައް އަދި އެތާނގެ ثواب އާއި ދަރުމަ މާބޮޑުވެގެންވެއެވެ. މާތްކުރެއްވުމާއި މަތިވެރިކުރެއްވުން މާބޮޑުވެގެންވެއެވެ.

Verse 22

لَّا تَجْعَلْ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتَقْعُدَ مَذْمُومًا مَّخْذُولًا

Transliteration lā tajʿal maʿa l-lahi ilāhan ākhara fataqʿuda madhmūman makhdhūlan

Dhivehi ކަލޭ ﷲ އާއިއެކު އެހެން إله އަކު އެހެން شريك އަކުނުލާށެވެ! إختيار ނުކުރާށެވެ! ފަހެ އެހެން ހަދައިފިނަމަ އެބަހީ: އެހެން إله އެއް إختيار ކޮށްފިނަމަ މަލާމާތް ލިބެވިގެންވާ އަދި ދެރަކުރެވިގެންވާ މީހަކު ކަމުގައި ކަލޭވެދާނެއެވެ. (އެބަހީ: ملائكة ބޭކަލުންނާއި صالح އަޅުންގެ ފަރާތުން މަލާމާތްލިބެވިގެން ﷲ تعالى ގެފަރާތުން ނިކަމެތި ކުރެވި ދެރަކުރެވިގެންވާ މީހަކުކަމުގައި ވެދާނެއެވެ.)

Verse 23

۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَـٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا

Transliteration waqaḍā rabbuka allā taʿbudū illā iyyāhu wabil-wālidayni iḥ'sānan immā yablughanna ʿindaka l-kibara aḥaduhumā aw kilāhumā falā taqul lahumā uffin walā tanharhumā waqul lahumā qawlan karīman

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ أمر ކުރެއްވީ / ނުވަތަ ނިޔާކުރެއްވީ / ނުވަތަ حكم ކުރެއްވީ ހަމަސީދާ އެކަލާނގެ ނޫން ފަރާތަކަށް ކަލޭމެން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނަށް إحسان ތެރިވުމަށެވެ. ހެޔޮކޮށް ކަންތައްކުރުމަށެވެ. އެދެމީހުންކުރެ އެކަކު ނުވަތަ އެދެމީހުން ކަލޭގެގާތުގައި ވަނިކޮށް (ކަލޭގެ ބެލުމުގެދަށުގައި ވަނިކޮށް) މުސްކުޅިކަމާ ހަމައަށް ފޯރައްޖެއްޔާ (އެބަހީ: އެދެމީހުންކުރެ އެކަކު ނުވަތަ ދެމީހުން މުސްކުޅިވެ ގައިބާރުދެރަވެގެންވާ حال ކަލެއަށް ބަލަންދިމާވެއްޖެއްޔާވެސް އެއިން މީހަކު ކުރާ ކަމަކުން ނުވަތަ ބުނާބަހަކުން ކަލޭ ހިތްހަމަ ނުޖެހުނަސް އެއިން މީހަކަށް ކަލޭ ޗުއްޕުވެސް ނުބުނާށެވެ! އަދި އެދެމީހުންނަށް ނުރުހިގެން އެމީހުންގެ ކުރިމަތީ އަޑުގަދަކޮށް އެމީހުން ސިއްސުވާ ބިރުގަންނަވައި ނުހަދާށެވެ! އަދި އެދެމީހުންނަށް އޯގާތެރި ރަނގަޅުބަސްބުނާށެވެ!

Verse 24

وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا

Transliteration wa-ikh'fiḍ lahumā janāḥa l-dhuli mina l-raḥmati waqul rabbi ir'ḥamhumā kamā rabbayānī ṣaghīran

Dhivehi އަދި އޯގާވެރިކަމާއި رحمة ގެގޮތުން ކަލޭ އެދެމީހުންނަށްޓަކައި ނިކަމެތިކަމުގެ ފިޔަ ތިރިކޮށްލާށެވެ! (އެބަހީ: އެދެމީހުންނަށް ބަރާބަރަށް ކިޔަމަންތެރިކަން އަދާކުރާށެވެ.) އަދި ކަލޭ ދަންނަވާށެވެ! އޭ އަޅުގެ ربّ އެވެ! އެދެމީހުން މިއަޅާ ކުޑަކޮށް ހުރިދުވަސްވަރު ބަލާ تربية ކޮށްދެއްވިކަމަށްޓަކައި އެދެމީހުންނަށް رحمة ލައްވާނދޭވެ!

Verse 25

رَّبُّكُمْ أَعْلَمُ بِمَا فِى نُفُوسِكُمْ ۚ إِن تَكُونُوا۟ صَـٰلِحِينَ فَإِنَّهُۥ كَانَ لِلْأَوَّٰبِينَ غَفُورًا

Transliteration rabbukum aʿlamu bimā fī nufūsikum in takūnū ṣāliḥīna fa-innahu kāna lil'awwābīna ghafūran

Dhivehi (އޭ މީސްތަކުންނޭވެ!) ކަލޭމެންގެ نفس ތަކުގައިވާކަންތައް ކަލޭމެންގެ ربّ ދެނެވޮޑިގެންވެއެވެ. (އެބަހީ: މައިންބަފައިންނަށް ހެޔޮކޮށްހިތުމާއި ނުބައިކޮށް ހިތުމުގެގޮތުން ކަލޭމެންގެ ހިތުގައިވާހާ އެއްޗެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.) ކަލޭމެންގެ ނިޔަތްތައް ތެދުކޮށް صالح ކޮށްވަންޏާ (އެފަދަ حال ގައި ވެވޭ ކުށަށް عفو ކުރެއްވުން أمّيد ކުރެވެއެވެ.) އެހެނީ ހަމަކަށަވަރުން ތިމާގެ ފާފައިން توبة ވެ ﷲ ގެ حضرة އަށް رجوع ވާމީހުންނަށް ގިނަގިނައިން ފުއްސަވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.

Verse 26

وَءَاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلَا تُبَذِّرْ تَبْذِيرًا

Transliteration waāti dhā l-qur'bā ḥaqqahu wal-mis'kīna wa-ib'na l-sabīli walā tubadhir tabdhīran

Dhivehi އަދި ގާތްތިމާގެ މީހުންނަށް އޭނާގެ حقّ ދޭށެވެ! އަދި مسكينُ ންނަށާއި ދަތުރުވެރިންނަށްވެސް އެމީހުންގެ حقّ އަދާކުރާށެވެ!~ އަދި އެއްވެސް حقّ އަކާއިނުލައި ގިނަ خرد ތައްކޮށް إسراف ކޮށް ނުހަދާށެވެ!

Verse 27

إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَـٰطِينِ ۖ وَكَانَ ٱلشَّيْطَـٰنُ لِرَبِّهِۦ كَفُورًا

Transliteration inna l-mubadhirīna kānū ikh'wāna l-shayāṭīni wakāna l-shayṭānu lirabbihi kafūran

Dhivehi އެހެނީ ހަމަކަށަވަރުން އެއްވެސް حقّ އެއްނެތި ބޭކާރު خرد ކޮށް إسراف ކުރާމީހުންނަކީ شيطان އާގެ أخ ންނެވެ. އަދި شيطان އާވީ އޭނާގެ ربّ އަށް ކާފަރުވުން ބޮޑުމީހަކުކަމުގައެވެ.

Verse 28

وَإِمَّا تُعْرِضَنَّ عَنْهُمُ ٱبْتِغَآءَ رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلًا مَّيْسُورًا

Transliteration wa-immā tuʿ'riḍanna ʿanhumu ib'tighāa raḥmatin min rabbika tarjūhā faqul lahum qawlan maysūran

Dhivehi (އަދި އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ حضرة ން رحمة އަކަށް އެދިވަޑައިގެން އެމީހުންގެ ފަރާތުން މޫނުފުޅު އަނބުރުއްވައިލަންޏާވެސް) (އެބަހީ: ކަލޭގެފާނުން އެބަޔަކަށް حقّ އަދާކުރަންވެފައިވާ މީހަކު އައިސް ކަމަކަށް އެދި އެފަދަ ހޭދައެއް ކުރެއްވެންނެތި އެކަމާ ލަދުފުޅުން މޫނުފުޅު އަނބުރުއްވަންޏާވެސް) ފަހެ އެމީހުންނަށް ރަނގަޅު ފަސޭހަބަސްފުޅު ވިދާޅުވާށެވެ!

Verse 29

وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ ٱلْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا

Transliteration walā tajʿal yadaka maghlūlatan ilā ʿunuqika walā tabsuṭ'hā kulla l-basṭi fataqʿuda malūman maḥsūran

Dhivehi އަދި އެއްވެސްއެއްޗެއް ހޭދަނުކުރުމަށްޓަކައި އަތްނަގައި ކަރުގައި އައްސައި ކަސްތަޅުއަޅާފައި ނުބާއްވާށެވެ! އަދި އެއަތް އެކީއެކައްޗަކަށް ފަތުރާލައި ނިއުޅާލައި ނުހަދާށެވެ! (އެބަހީ: ކޮންމެހެން ހޭދަކުރަންވީ އެއްޗެއް ހޭދަނުކޮށް ނުބަހައްޓާށެވެ!) އަދި ހުރިހުރިހާއެއްޗެއް އެކީ ހޭދަނުކުރާށެވެ! ފަހެ އެހެންހަދައިފިއްޔާ މަލާމާތް ލިބެވިގެންވާ އަދި ހިތާމަކުރަނިވި މީހަކުކަމުގައި ކަލޭވެދާނެއެވެ! (އެބަހީ: ކޮންމެހެން ކުރަންޖެހިއްޖެ ހޭދައެއް ނުކޮށްފިނަމަ އެމީހުންގެ މަލާމާތް ލިބޭނެއެވެ. އަދި އެކީއެކަށް އަތްމަތިހުސްކޮށްފިނަމަ ހިތާމަކުރަންޖެހޭނެއެވެ.)

Verse 30

إِنَّ رَبَّكَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًا

Transliteration inna rabbaka yabsuṭu l-riz'qa liman yashāu wayaqdiru innahu kāna biʿibādihi khabīran baṣīran

Dhivehi (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ރިޒުގު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު މަދުކުރައްވާ ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެ ވޮޑިގެންވީ އެކަލާނގެ އަޅުތަކުންގެ خبر ތައް ދެނެވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލަކުކަމުގައެވެ.

Verse 31

وَلَا تَقْتُلُوٓا۟ أَوْلَـٰدَكُمْ خَشْيَةَ إِمْلَـٰقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًٔا كَبِيرًا

Transliteration walā taqtulū awlādakum khashyata im'lāqin naḥnu narzuquhum wa-iyyākum inna qatlahum kāna khiṭ'an kabīran

Dhivehi (އޭ މީސްތަކުންނޭވެ!) އަދި فقير ވެދާނޭކަމަށް ބިރުން ކަލޭމެން ކަލޭމެންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި އަދި ކަލޭމެނަށް ރިޒުގުދެއްވަނީ (އަދި ދެއްވާނީވެސް) ހަމަ ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކުދިން މެރުމަކީ ބޮޑުވެގެންވާ ފާފައެއްކަމުގައިވިއެވެ.

Verse 32

وَلَا تَقْرَبُوا۟ ٱلزِّنَىٰٓ ۖ إِنَّهُۥ كَانَ فَـٰحِشَةً وَسَآءَ سَبِيلًا

Transliteration walā taqrabū l-zinā innahu kāna fāḥishatan wasāa sabīlan

Dhivehi އަދި ކަލޭމެން ޒިނޭއާއި ގާތްނުވާށެވެ! ހަމަކަށަވަރުން އެކަންތަކަކީ ހުތުރުކަންބޮޑު، އަދި ހައްދުފަހަނަޅައިގަތުމެކެވެ. އަދި އެއީ ނުބައިވެގެންވާ މަގެކެވެ. (އެއީ އެކަމުގެ ވެރިޔާ ނަރަކައަށް واصل ކުރަނިވި މަގެކެވެ.) • ދަންނައެވެ! ﷲ މިވަނީ ޒިނޭ حرام ކުރައްވާފައި އެކަންޏެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެޔާ ގާތްވެސް ނުވާން އަންގަވާފައެވެ! އެއީ އެކަން حرام ކުރެއްވުމުގެ އެންމެމަތީ ދަރަޖައެވެ. والله أعلم.

Verse 33

وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَـٰنًا فَلَا يُسْرِف فِّى ٱلْقَتْلِ ۖ إِنَّهُۥ كَانَ مَنصُورًا

Transliteration walā taqtulū l-nafsa allatī ḥarrama l-lahu illā bil-ḥaqi waman qutila maẓlūman faqad jaʿalnā liwaliyyihi sul'ṭānan falā yus'rif fī l-qatli innahu kāna manṣūran

Dhivehi އަދި ﷲ تعالى حرمة ތެރިކުރައްވާފައިވާ އެއްވެސް نفس އެއް (މަރަށް މަރުހިފުންކަހަލަ) حقّ އަކާއި ނުލައި ނުމަރާށެވެ! އަދި އަނިޔާވެރިގޮތުގައި (އަނިޔާވެރިވެވިގެން) މަރައިލެވިއްޖެ ކޮންމެ މީހެއްގެ ولى ވެރިޔާއަށް ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. (އެއީ قصاص ގެގޮތުން މަރަށް މަރުހިފުމުގެ ބާރާއި މަރުގެދިޔަ ހިފުމާއި މިފަދަ ބާރެވެ.) ފަހެ قتل ކުރުމުގައި / ) މެރުމުގައި (އިސްރާފުކޮށް ހައްދުފަހަނަޅައިގެން ނުދާށެވެ! އެބަހީ: މަރަށް މަރުހިފުމުގައި قواعد އާއި خلاف އަށް އަނިޔާކޮށް ނުހަދާށެވެ! (މިއަމުރަކީ މިކަމުގެ މަސްއޫލިއްޔަތު އުފުލާ ކޮންމެމީހަކަށް އޮތް އަމުރެކެވެ.) ހަމަކަށަވަރުން މަރާލެވުނުމީހާގެ ولى ވެރިޔާއަކީ نصر ލިބެވިގެންވާ މީހެކެވެ.

Verse 34

وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۚ وَأَوْفُوا۟ بِٱلْعَهْدِ ۖ إِنَّ ٱلْعَهْدَ كَانَ مَسْـُٔولًا

Transliteration walā taqrabū māla l-yatīmi illā bi-allatī hiya aḥsanu ḥattā yablugha ashuddahu wa-awfū bil-ʿahdi inna l-ʿahda kāna masūlan

Dhivehi އަދި ރަނގަޅު ހެޔޮގޮތުގައި މެނުވީ يتيم ކުއްޖާގެ މުދަލާއި ކަލޭމެން ގާތްނުވާށެވެ! (ރަނގަޅު ހެޔޮގޮތަކީ އެމުދާ ތަރައްޤީކޮށް ބެލެހެއްޓުންފަދަ ކަންކަމުގައި އެކަމަށް حقّ ވާ خرد ކުރުމެވެ.) އެއީ އެކުއްޖާ بالغ ވެ ބުއްދި ހަމަޖެހެންދެންނެވެ. އަދި ކަލޭމެންގެ عهد ތަކާއި އެއްބަސްވުންތައް ކަލޭމެން ބަރާބަރަށް ފުއްދާށެވެ! (އެއީ ﷲ އާއިމެދުވާ عهد ތަކާއި މީސްތަކުންގެ މެދުގައިވާ عهد ތަކެވެ.) ހަމަކަށަވަރުން عهد ތަކަކީ (قيامة ދުވަހުންވެސް) ސުވާލުވެވޭނެ އެއްޗެކެވެ.

Verse 35

وَأَوْفُوا۟ ٱلْكَيْلَ إِذَا كِلْتُمْ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

Transliteration wa-awfū l-kayla idhā kil'tum wazinū bil-qis'ṭāsi l-mus'taqīmi dhālika khayrun wa-aḥsanu tawīlan

Dhivehi އަދި މިނުން ކަލޭމެން ހަމަހަމަކޮށް ފުއްދާށެވެ! އަދި عدل ވެރި ސީދާ މީޒާނުން / ތިލަފަތުން ކަލޭމެން ކިރާ ވަޒަންކުރާށެވެ! (އެބަހީ: ކިރުން ހަމަހަމަކުރާށެވެ.) ثواب އާއި ދަރުމައިގެގޮތުން އެކަން މާހެޔޮވެގެންވެއެވެ.

Verse 36

وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَـٰٓئِكَ كَانَ عَنْهُ مَسْـُٔولًا

Transliteration walā taqfu mā laysa laka bihi ʿil'mun inna l-samʿa wal-baṣara wal-fuāda kullu ulāika kāna ʿanhu masūlan

Dhivehi އަދި އެ އެއްޗެއްގައި ކަލެއަށް އެނގުމެއްނެތް އެއްޗެއްގެ ނުވަތަ ކަމެއްގެ ވާހަކަ ކަލޭ ނުދައްކާށެވެ! އެހެނީ ހަމަކަށަވަރުން ކަންފަތާއި ލޮލާއި އަދި ހިތަކީ (މިހުރިހާ އެއްޗަކީ) އޭނަޔާމެދު ސުވާލުވެވޭނެ ތަކެއްޗެވެ. قيامة ދުވަހުންނެވެ.

Verse 37

وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ ٱلْأَرْضَ وَلَن تَبْلُغَ ٱلْجِبَالَ طُولًا

Transliteration walā tamshi fī l-arḍi maraḥan innaka lan takhriqa l-arḍa walan tablugha l-jibāla ṭūlan

Dhivehi އަދި (އޭ އިންސާނާއެވެ!) ބިމުގައި ބޮޑާވެ فخر ވެރިކަމާއެކު ނުހިނގާށެވެ! އެހެނީ ހަމަކަށަވަރުން (ގުންފައިޖެހިއަސް) ކަލެއަށް ބިންގަނޑު ފަޅައެއް ނުލެވޭނެއެވެ. އަދި (ބޮޑާވެ މަތިހަށިނެގިޔަސް) ފަރުބަދަޔާ އެއްވަރަށް ދިގުވެސް ނުވާނެއެވެ. އުސްނުވާނެއެވެ.

Verse 38

كُلُّ ذَٰلِكَ كَانَ سَيِّئُهُۥ عِندَ رَبِّكَ مَكْرُوهًا

Transliteration kullu dhālika kāna sayyi-uhu ʿinda rabbika makrūhan

Dhivehi އެހުރިހާކަމެއްގެ (އެބަހީ: وَقَضى رَبُّك މިތަނުން ފެށިގެން 38 ވަނަ އާޔަތާއި ހަމައަށް އެވާ އާޔަތްތަކުގައި އެވާ نهى ތަކުގެ) ނުބައިކަން ކަލޭގެފާނުންގެ ربّ ގެ حضرة ގައިވަނީ އެކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްކަމުގައެވެ. އެކަލާނގެ ކޯފާވެ ވޮޑިގަންނަވާ ކަންތައްކަމުގައެވެ.

Verse 39

ذَٰلِكَ مِمَّآ أَوْحَىٰٓ إِلَيْكَ رَبُّكَ مِنَ ٱلْحِكْمَةِ ۗ وَلَا تَجْعَلْ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتُلْقَىٰ فِى جَهَنَّمَ مَلُومًا مَّدْحُورًا

Transliteration dhālika mimmā awḥā ilayka rabbuka mina l-ḥik'mati walā tajʿal maʿa l-lahi ilāhan ākhara fatul'qā fī jahannama malūman madḥūran

Dhivehi އެއީ އެބަހީ: އިސްވެދިޔަ أمر އާއި نهى ތަކަކީ ކަލޭގެފާނުންގެ ربّ ގެ حكمة ގެ ތެރެއިން ކަލޭގެފާނަށް ބާވައިލައްވާ وحي ގެ ތެރެއިންވާތަކެއްޗެވެ. އަދި ﷲ އާ އެކު އެހެން إله އަކު ކަލޭ إختيار ނުކުރައްވާށެވެ. شريك އަކު ނުލާށެވެ. ފަހެ އެހެން ހަދައިފިނަމަ އެބަހީ: އެކަލާނގެއާ އެކު شريك އަކު إختيار ކުރައްވައިފިނަމަ އަޅުތަކުންގެ މަލާމާތް ލިބެވި އަދި ﷲ ގެ رحمة ން ދުރުކުރެވިގެންވާ حال ކަލޭ ނަރަކައަށް އެއްލައިލެވިދާނެއެވެ.

Verse 40

أَفَأَصْفَىٰكُمْ رَبُّكُم بِٱلْبَنِينَ وَٱتَّخَذَ مِنَ ٱلْمَلَـٰٓئِكَةِ إِنَـٰثًا ۚ إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا

Transliteration afa-aṣfākum rabbukum bil-banīna wa-ittakhadha mina l-malāikati ināthan innakum lataqūlūna qawlan ʿaẓīman

Dhivehi (އޭ مشرك ންނޭވެ! މަލާއިކަތުންނަކީ ﷲ ގެ އަންހެންދަރިންނޭ ބުނާމީހުންނޭވެ!) ކަލޭމެންގެ ربّ ކަލޭމެންނަށް ފިރިހެން جِنْسُ خاصّ ކުރައްވައި އަދި އެކަލާނގެ އަމިއްލަ ذات ފުޅަށް އަންހެން جِنْسُ إختيار ކުރެއްވީހެއްޔެވެ؟ އެހެން ކަލޭމެން ބުނާކަމަށްވަންޏާ ހަމަކަށަވަރުންވެސް (ދޮގާއި ބުހުތާނުގެގޮތުން) ކަލޭމެން ތިޔަބުނަނީ ވަރަށްވެސް ބޮޑު ބަހެކެވެ.

Verse 41

وَلَقَدْ صَرَّفْنَا فِى هَـٰذَا ٱلْقُرْءَانِ لِيَذَّكَّرُوا۟ وَمَا يَزِيدُهُمْ إِلَّا نُفُورًا

Transliteration walaqad ṣarrafnā fī hādhā l-qur'āni liyadhakkarū wamā yazīduhum illā nufūran

Dhivehi އަދި ތިމަންރަސްކަލާނގެ މި ކީރިތި قرآن ގައި ތަފާތު ވައްތަރުވައްތަރުގެ دليل އާއި حجّة ތަފާތު عبارة ން ބަޔާންކުރެއްވީމެވެ. އެއީ އެމީހުން ހަނދާންކޮށް عبرة حاصل ކުރުމަށްޓަކައެވެ. އަދި (އެކަމަކު) نفرة ތެރިކަމާއި حقّ އާ ދުރަށްދިއުން މެނުވީ އެމީހުންނަށް އިތުރު ނުވެއެވެ.

Verse 42

قُل لَّوْ كَانَ مَعَهُۥٓ ءَالِهَةٌ كَمَا يَقُولُونَ إِذًا لَّٱبْتَغَوْا۟ إِلَىٰ ذِى ٱلْعَرْشِ سَبِيلًا

Transliteration qul law kāna maʿahu ālihatun kamā yaqūlūna idhan la-ib'taghaw ilā dhī l-ʿarshi sabīlan

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެމީހުން އެބުނާ ގޮތަށް އެކަލާނގެއާ އެކު އެހެން إله ން ތަކެއް ވާނަމަ عرش ގެވެރި ކަލާނގެ حضرة އަށް ދިއުމަށް (އެކަލާނގެއާ ކުއްތަންވުމަށް) އެ إله ންތައް މަގެއް އެދިގަތީހެވެ. ހޯދީހެވެ.

Verse 43

سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يَقُولُونَ عُلُوًّا كَبِيرًا

Transliteration sub'ḥānahu wataʿālā ʿammā yaqūlūna ʿuluwwan kabīran

Dhivehi އެމީހުން يعني: އެ مشرك ންގެ މީހުން އެބުނާ ބަސްތަކުން / އެދޮގުބުހުތާނުތައް ފިޔަވައި ﷲ تعالى މާމަތީ ދަރަޖައަކަށް މަތިވެރިވެވޮޑިގެންވެއެވެ.

Verse 44

تُسَبِّحُ لَهُ ٱلسَّمَـٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًا

Transliteration tusabbiḥu lahu l-samāwātu l-sabʿu wal-arḍu waman fīhinna wa-in min shayin illā yusabbiḥu biḥamdihi walākin lā tafqahūna tasbīḥahum innahu kāna ḥalīman ghafūran

Dhivehi ހަތްއުޑާއި ބިމާއި އަދި އެތަންތާނގައިވާހާބަޔަކު އެކަލާނގެއަށް تسبيح ކިޔައެވެ. އެކަލާނގެ ހުސް طاهر ވަންތަކުރެއެވެ. އެކަމަކު އެތަކެތި އެކިޔާ تسبيح ކަލޭމެނަކަށް ނުވިސްނޭނެއެވެ. ހަމަކަށަވަރުން ކޯފާމަޑު (އަދި ކުއްލިއަކަށް عقوبة ނުދެއްވާ) އަދި ގިނަގިނައިން ފާފަފުއްސަވާކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.

Verse 45

وَإِذَا قَرَأْتَ ٱلْقُرْءَانَ جَعَلْنَا بَيْنَكَ وَبَيْنَ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ حِجَابًا مَّسْتُورًا

Transliteration wa-idhā qarata l-qur'āna jaʿalnā baynaka wabayna alladhīna lā yu'minūna bil-ākhirati ḥijāban mastūran

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު قرآن ކިޔަވާ ވިދާޅުވަންޏާ آخرة ދުވަހަށް إيمان ނުވާ އެ މީހުންނާއި ކަލޭގެފާނާ ދެމެދު (ކަލޭގެފާނުންގެ ކިޔަވާވިދާޅުވުމުން އެއްޗެއް ނުވިސްނޭނޭގޮތުން) އެމީހުންގެ ހިތްތަކުގެމަތީގައި ނިވައި ފަރުދާއެއް ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއީ އެޟިހުންގެ ކާފިރުކަމާއި އިންކާރުގެ ސަބަބުންނެވެ.

Verse 46

وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۚ وَإِذَا ذَكَرْتَ رَبَّكَ فِى ٱلْقُرْءَانِ وَحْدَهُۥ وَلَّوْا۟ عَلَىٰٓ أَدْبَـٰرِهِمْ نُفُورًا

Transliteration wajaʿalnā ʿalā qulūbihim akinnatan an yafqahūhu wafī ādhānihim waqran wa-idhā dhakarta rabbaka fī l-qur'āni waḥdahu wallaw ʿalā adbārihim nufūran

Dhivehi އަދި އެމީހުންނަށް ނުވިސްނޭނޭގޮތުން އެމީހުންގެ ހިތްތަކުގެމަތީގައި ތިމަންރަސްކަލާނގެ ނިވަލެއް ލެއްވީމެވެ. އަދި އެމީހުންގެ ކަންފަތްތަކުގެމަތީގައި އެބަހީ: އެމީހުންގެ އިވުމުގެމަތީގައި ބައްކަމެއް ލެއްވީމެވެ. އަދި ކަލޭގެފާނު قرآن ކިޔަވާ ވިދާޅުވުމުގައި ކަލޭގެފާނުންގެ ربّ ގެ އެއްކައުވަންތަކަން يعني: لاَ إله إلاّ ﷲ ކިޔަވާ ވިދާޅުވެއްޖެއްޔާ އެބަހީ: އެކަލާނގެ ذِكر ކުރައްވައި ހަނދާންކުރައްވައިފިއްޔާ އެ مشرك ންގެމީހުން ނުރުހި نفرت ވެގެން ފުރަގަސްދީ އެނބުރިދެއެވެ.

Verse 47

نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِۦٓ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰٓ إِذْ يَقُولُ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا

Transliteration naḥnu aʿlamu bimā yastamiʿūna bihi idh yastamiʿūna ilayka wa-idh hum najwā idh yaqūlu l-ẓālimūna in tattabiʿūna illā rajulan masḥūran

Dhivehi އެމީހުން يعني: އެ مشرك ން ކަލޭގެފާނު قرآن ކިޔަވާ ވިދާޅުވާ އަޑުއަހަންތިބޭއިރު އެމީހުން އެއަހާ އެއްޗެއް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އެހިނދު އެމީހުން އެވަނީ نَجْوى ހަދައިގެންނެވެ. ސިއްރު ޖަލްސާ ހަދައި ސިއްރުވާހަކަ ދެއްކުމުގައެވެ. އަދި އެ އަނިޔާވެރިންގަނޑު ބުނެއެވެ. سِحْرُ ޖެހިފައިވާ މީހަކާމެނުވީ ކަލޭމެން تبع ވާކަމުގައި ނުވެއެވެ.

Verse 48

ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَالَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًا

Transliteration unẓur kayfa ḍarabū laka l-amthāla faḍallū falā yastaṭīʿūna sabīlan

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނާ މެދު އެމީހުން مثال ޖަހަނީ ކޮންފަދައަކުންކަން ނިކަން ދެކެވަޑައިގެންބައްލަވާށެވެ! (އެމީހުން ބުނެއެވެ. އެއީ سِحْرُ ޖެހިފައިވާ މީހެކެވެ. އެއީ ޅެންވެރިއެކެވެ. އެއީ މޮޔައެކެވެ....... އަދިވެސް އެބާވަތުގެ އެހެންތަކެތިވެސް ކިޔައެވެ.) ފަހެ އެމީހުން އެވަނީ حقّ މަގު ގެއްލި އޮޅިފައެވެ. އަދި ސީދާ ތެދުމަގަށް واصل ވުމަށް އެމީހުންނަށް ކުޅަދާނަ ނުވެއެވެ.

Verse 49

وَقَالُوٓا۟ أَءِذَا كُنَّا عِظَـٰمًا وَرُفَـٰتًا أَءِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا

Transliteration waqālū a-idhā kunnā ʿiẓāman warufātan a-innā lamabʿūthūna khalqan jadīdan

Dhivehi އަދި އެމީހުން ބުންނެވެ. އަހުރެމެން މަރުވެ ކަށްޓަށްވެ ކަށިތައް ފީވެ ވެއްޔަށްވެ ހިރަފުހަށްވުމަށްފަހު އަލުން ހެއްދެވިގެން ދެވަނަފަހަރަށްވެސް އަހުރެމެން ފޮނުވޭނެހެއްޔެވެ؟ (ނުފޮނުވޭނެއެވެ. އެއީ ވާނޭކަމެއްނޫނެވެ.)

Verse 50

۞ قُلْ كُونُوا۟ حِجَارَةً أَوْ حَدِيدًا

Transliteration qul kūnū ḥijāratan aw ḥadīdan

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! ކަލޭމެން ހިލަޔަށް ނުވަތަ ދަގަނޑަށް ވާށެވެ!

Verse 51

أَوْ خَلْقًا مِّمَّا يَكْبُرُ فِى صُدُورِكُمْ ۚ فَسَيَقُولُونَ مَن يُعِيدُنَا ۖ قُلِ ٱلَّذِى فَطَرَكُمْ أَوَّلَ مَرَّةٍ ۚ فَسَيُنْغِضُونَ إِلَيْكَ رُءُوسَهُمْ وَيَقُولُونَ مَتَىٰ هُوَ ۖ قُلْ عَسَىٰٓ أَن يَكُونَ قَرِيبًا

Transliteration aw khalqan mimmā yakburu fī ṣudūrikum fasayaqūlūna man yuʿīdunā quli alladhī faṭarakum awwala marratin fasayun'ghiḍūna ilayka ruūsahum wayaqūlūna matā huwa qul ʿasā an yakūna qarīban

Dhivehi ނުވަތަ ކަލޭމެންގެ ހިތުގައިވާ އެންމެބޮޑު އެއްޗަކަށް ކަލޭމެންވާށެވެ. (އެފަދަ ބޮޑުއެއްޗަކަށްވުމަށްފަހު) ދެން ނިކަންހުރެ އެމީހުން ތިމަންމެން ދިރުއްވައިގެން އަލުން ފޮނުއްވާނީ ކާކުތޯ އަހައިފިއްޔާ ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ނެތުމުގެތެރެއިން ފުރަތަމައިންވެސް ކަލޭމެން ހެއްދެވި ކަލާނގެއެވެ. ﷲ އެވެ. ދެން އޭރުން ނިކަންހުރެ ކަލޭގެފާނާ ދިމާލަށް އެމީހުންގެ ބޯތައް ހަލުވަހަލުވާފައި ބުނާނެއެވެ. ތިޔަވިދާޅުވާކަމެއް ދެންވާނީ ކޮންއިރަކުންބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދާދިގާތުގައި ވެދާނެއެވެ.

Verse 52

يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِۦ وَتَظُنُّونَ إِن لَّبِثْتُمْ إِلَّا قَلِيلًا

Transliteration yawma yadʿūkum fatastajībūna biḥamdihi wataẓunnūna in labith'tum illā qalīlan

Dhivehi އެއީ ތިމަންރަސްކަލާނގެ ކަލޭމެންނަށް نِدَاء އިއްވަވާނޭ ދުވަހެވެ. (ނުވަތަ ކަލޭމެންނަށް ތިމަންރަސްކަލާނގެ نِدَاء އިއްވަވާދުވަސް ހަނދާންކުރާށެވެ!) ފަހެ (އެދުވަހުން) ކަލޭމެން އެކަލާނގެ އަމުރުފުޅަށް އެކަލާނގެއަށް ކިޔަމަންތެރި ކަމާއެކު ޖަވާބުދޭނެއެވެ. (އަދި އެދުވަހުން) ކަލޭމެން ހީކުރާނީ ދުނިޔޭގައި ދާދި މަދު ހިނދުކޮޅެއްގައިމެނުވީ ކަލޭމެން ނުތިބޭކަމަށެވެ.

Verse 53

وَقُل لِّعِبَادِى يَقُولُوا۟ ٱلَّتِى هِىَ أَحْسَنُ ۚ إِنَّ ٱلشَّيْطَـٰنَ يَنزَغُ بَيْنَهُمْ ۚ إِنَّ ٱلشَّيْطَـٰنَ كَانَ لِلْإِنسَـٰنِ عَدُوًّا مُّبِينًا

Transliteration waqul liʿibādī yaqūlū allatī hiya aḥsanu inna l-shayṭāna yanzaghu baynahum inna l-shayṭāna kāna lil'insāni ʿaduwwan mubīnan

Dhivehi އަދި (އެއްބަޔަކު އަނެއްބަޔަކަށް) ރަނގަޅު ހެޔޮބަސްބުނާ ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން شيطان އާ އެމީހުންގެމެދުގައި ރުޅިވެރިކަން އުފައްދައި ފަސާދަކުރެއެވެ. ހަމަކަށަވަރުން شيطان އާ އަކީ އިންސާނުންނަށް އޭނާގެ عداوة ތެރިކަން ބަޔާންވެގެންވާ عداوة ތެރިއެކެވެ.

Verse 54

رَّبُّكُمْ أَعْلَمُ بِكُمْ ۖ إِن يَشَأْ يَرْحَمْكُمْ أَوْ إِن يَشَأْ يُعَذِّبْكُمْ ۚ وَمَآ أَرْسَلْنَـٰكَ عَلَيْهِمْ وَكِيلًا

Transliteration rabbukum aʿlamu bikum in yasha yarḥamkum aw in yasha yuʿadhib'kum wamā arsalnāka ʿalayhim wakīlan

Dhivehi (އޭ مشرك ންނޭވެ!) ކަލޭމެންގެ ربّ ކަލޭމެންގެ އެންމެހައި ކަންތައް ދެނެވޮޑިގެންވެއެވެ. އެކަލާނގެ އެދިވޮޑިގަންނަވަންޏާ ކަލޭމެނަށް އެކަލާނގެ رحمة ލައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވަންޏާ ކަލޭމެނަށް އެކަލާނގެ عذاب ދެއްވައެވެ. އަދި އޭ رسول ﷲ އެވެ! އެމީހުންގެމައްޗަށްވާ ވަކީލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ. (ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ތިމަންރަސްކަލާނގެ رِسَالَة އެމީހުންނަށް އިއްވަވައިދެއްވުމަށެވެ.)

Verse 55

وَرَبُّكَ أَعْلَمُ بِمَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ ٱلنَّبِيِّـۧنَ عَلَىٰ بَعْضٍ ۖ وَءَاتَيْنَا دَاوُۥدَ زَبُورًا

Transliteration warabbuka aʿlamu biman fī l-samāwāti wal-arḍi walaqad faḍḍalnā baʿḍa l-nabiyīna ʿalā baʿḍin waātaynā dāwūda zabūran

Dhivehi އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު ކަލޭގެފާނުންގެ ربّ ދެނެވޮޑިގަތުންބޮޑެވެ. އަދި ހަމަކަށަވަރުން نبي ބޭކަލުން އޭގެ އެއްބައިބޭކަލުންގެމައްޗަށް އަނެއްބައިބޭކަލުން ތިމަންރަސްކަލާނގެ މާތްކުރެއްވީމެވެ. އަދި داؤد عليه السّلام އަށް ތިމަންރަސްކަލާނގެ زَبُوْرُ ދެއްވީމެވެ.

Verse 56

قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِهِۦ فَلَا يَمْلِكُونَ كَشْفَ ٱلضُّرِّ عَنكُمْ وَلَا تَحْوِيلًا

Transliteration quli id'ʿū alladhīna zaʿamtum min dūnihi falā yamlikūna kashfa l-ḍuri ʿankum walā taḥwīlan

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ﷲ ފިޔަވައި إله ންކަމުގައްޔާއި ربُّ ން ކަމުގައި ހަދައިގެން އެފަރާތްތަކަށް އަޅުކަންކުރާ ފަރާތްތަކަށް ގޮވާ دعاء ކޮށްބަލާށެވެ! ފަހެ ކަލޭމެނަށް ޖެހިފައިވާ އުނދަގުލާއި ދަތިކަން ކަލޭމެންގެ ކިބައިން ފިލުވައިލުމުގެ އެއްވެސް ބާރުވެރިކަމެއް އެފަރާތްތަކަށް ލިބިގެން ނުވެއެވެ. އަދި އެ އުނދަގޫ އެހެން ފަރާތަކަށް އަނބުރައިލުންވެސް އެއިންފަރާތަކަށް މިލްކުވެގެންނުވެއެވެ. ކުޅަދާނަވެގެން ނުވެއެވެ. • ދަންނައެވެ. މިއާޔަތުން އިޝާރަތްވެގެން މިވަނީ مشرك ންކުރެ ملائكة ބޭކަލުންނަށާއި عُزَيْرُ ގެފާނަށާއި عيسى ގެފާނަށާއި (عليهم السّلام) މިބޭބޭކަލުންނަށް އަޅުކަންކުރި ބަޔަކަށެވެ. ފަހެ މިއިން އެއްވެސް ބޭކަލަކީ ﷲ ގެ إذْنَ ފުޅަށް މެނުވީ އެއްވެސް ކަމެއްކުރެއްވޭނޭ ބޭކަލުންނެއްނޫނެވެ. އެއިން އެއްވެސް ބޭކަލަކީ إله އަކުކަމުގައި ނުވަތަ ربّ އަކުކަމުގައިވުން އެކަށީގެންވާ ބޭކަލުންނެއްނޫނެވެ. އެއީވެސް ހަމަ ﷲ ގެ އަޅުންނެވެ. ﷲ އަށް ކިޔަމަންތެރިވެވަޑައިގެންވާ މާތްބޭކަލުން ތަކެކެވެ. ކޮންމެ ބޭކަލަކުވެސް ﷲ ގެ حضرة އަށް ގާތްކަމާއި ކުއްތަންވުން އެދިވަޑައިގަންނަވަނީއެވެ. ދެން މިއަންނަ އާޔަތުގައި އެވަނީ އެވާހަކައެވެ. والله أعلم.

Verse 57

أُو۟لَـٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا

Transliteration ulāika alladhīna yadʿūna yabtaghūna ilā rabbihimu l-wasīlata ayyuhum aqrabu wayarjūna raḥmatahu wayakhāfūna ʿadhābahu inna ʿadhāba rabbika kāna maḥdhūran

Dhivehi އެބޭކަލުންނީ އެބޭކަލުންގެ ربّ ގެ حضرة އަށް ކުއްތަންވުމަށް އެދިވަޑައިގަންނަވާ ބޭކަލުންނެވެ. އަދި އެކުއްތަންވުމުގައި އެންމެ ކުއްތަންވެ ވަޑައިގެންނެވެނީ ކޮންބޭލަކަށްތޯ ބެއްލެވުމަށް ވާދަކުރައްވާ ބޭކަލުންނެވެ. އަދި އެބޭކަލުން އެކަލާނގެ رحمة އަށް އެދިވަޑައިގަންނަވައި އަދި އެކަލާނގެ عذاب އަށް ބިރުވެތިވެ ވަޑައިގަންނަވައެވެ. ހަމަކަށަވަރުން އެކަލާނގެ عذاب އަކީ ބިރުވެތިވެވިގެންވާ އެއްޗެކެވެ.

Verse 58

وَإِن مِّن قَرْيَةٍ إِلَّا نَحْنُ مُهْلِكُوهَا قَبْلَ يَوْمِ ٱلْقِيَـٰمَةِ أَوْ مُعَذِّبُوهَا عَذَابًا شَدِيدًا ۚ كَانَ ذَٰلِكَ فِى ٱلْكِتَـٰبِ مَسْطُورًا

Transliteration wa-in min qaryatin illā naḥnu muh'likūhā qabla yawmi l-qiyāmati aw muʿadhibūhā ʿadhāban shadīdan kāna dhālika fī l-kitābi masṭūran

Dhivehi قيامة ވުމުގެ ކުރިން އެރަށެއް ތިމަންރަސްކަލާނގެ ހަލާކު ނުކުރައްވާނެ ނުވަތަ އެރަށެއްގެ އަހުލުވެރި ބަޔަކަށް ގަދަވެގެންވާ عذاب ތިމަންރަސްކަލާނގެ ނުދެއްވާނެ އެއްވެސް ރަށެއް ނުވާނެއެވެ. (އެބަހީ: ކޮންމެ قَرْيَة އެއްވެސް قيامة ވުމުގެ ކުރިން ތިމަންރަސްކަލާނގެ ހަލާކުކުރައްވާހުށީމެވެ. ނުވަތަ އެރަށެއްގެ ބަޔަކަށް ގަދަވެގެންވާ عذاب ދެއްވާހުށީމެވެ. އެއީ އެބަޔަކު رسول ން ދޮގުކޮށް ﷲ ގެ أمر ފުޅުތަކަށް ނުކިޔަމަންތެރިވެއްޖެހިނދުންނެވެ.) އެކަންވަނީ ފޮތުގައި يعني: لَوْحُ المَحْفوظ ގައި ލިޔެވިގެންނެވެ. ފޮޅުވަތްދެމިގެންނެވެ.

Verse 59

وَمَا مَنَعَنَآ أَن نُّرْسِلَ بِٱلْـَٔايَـٰتِ إِلَّآ أَن كَذَّبَ بِهَا ٱلْأَوَّلُونَ ۚ وَءَاتَيْنَا ثَمُودَ ٱلنَّاقَةَ مُبْصِرَةً فَظَلَمُوا۟ بِهَا ۚ وَمَا نُرْسِلُ بِٱلْـَٔايَـٰتِ إِلَّا تَخْوِيفًا

Transliteration wamā manaʿanā an nur'sila bil-āyāti illā an kadhaba bihā l-awalūna waātaynā thamūda l-nāqata mub'ṣiratan faẓalamū bihā wamā nur'silu bil-āyāti illā takhwīfan

Dhivehi އަދި (މި أمّة އަށް) ތިމަންރަސްކަލާނގެ ބޮޑެތިބޮޑެތި معجزة ފޮނުވުމުން މަނާވެވޮޑިގެންނެވީ އިސްވެދިޔަ أمّة ތަކަށް (معجزة ފޮނުއްވުމަށްފަހު) އެ أمّة ތަކުގެ މީހުން ދޮގުކުރުންކަމުގައިވުމެވެ. (އޭރުން އެ أمّة ތައް ހަލާކުވެދިޔަފަދައިން މި أمّة ވެސް ހަލާކުވެއްޖައީހެވެ.) އަދި ثمود ބާގައިގެ މީހުންނަށް دليل އެއްގެގޮތުން - معجزة އެއްގެގޮތުން جمل ދެއްވީމެވެ. ފަހެ އެމީހުން އެއަށް އަނިޔާވެރިވީއެވެ. އަދި މީސްތަކުން ބިރުގެންނެވުމަށްމެނުވީ - ނުވަތަ ކުއްލިއަކަށް ހަލާކެއް ފޮނުއްވުމަށްމެނުވީ ތިމަންރަސްކަލާނގެ އެފަދަ معجزة ފޮނުއްވާނެކަމުގައި ނުވެއެވެ. (އެފަދަ معجزة އެއް ފޮނުއްވުމަށްފަހު ދެން رسول އާ ދޮގުކޮށްފިއްޔާ ހަމަކުއްލިއަކަށް عذاب އަތުވެދާނެއެވެ.)

Verse 60

وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِٱلنَّاسِ ۚ وَمَا جَعَلْنَا ٱلرُّءْيَا ٱلَّتِىٓ أَرَيْنَـٰكَ إِلَّا فِتْنَةً لِّلنَّاسِ وَٱلشَّجَرَةَ ٱلْمَلْعُونَةَ فِى ٱلْقُرْءَانِ ۚ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلَّا طُغْيَـٰنًا كَبِيرًا

Transliteration wa-idh qul'nā laka inna rabbaka aḥāṭa bil-nāsi wamā jaʿalnā l-ru'yā allatī araynāka illā fit'natan lilnnāsi wal-shajarata l-malʿūnata fī l-qur'āni wanukhawwifuhum famā yazīduhum illā ṭugh'yānan kabīran

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ އެންމެހައި މީސްތަކުން ވަށައިލައްވައިގެން ވެއެވެ. މިފަދައިން ކަލޭގެފާނަށް އެކަލާނގެ وحي ކުރެއްވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލާނގެ قدرة ތެރިކަމާއި ދެނެވޮޑިގަތުމުން ހަމައެކަކަށްވެސް ބޭރު ނުވެވޭނެއެވެ. ކަލޭގެފާނާ އިދިކޮޅުމީހުންގެ ފަރާތުން ތިމަންރަސްކަލާނގެ ކަލޭގެފާނު ސަލާމަތްކުރައްވާހުށީމެވެ. އަދި ކަލޭގެފާނު އެމީހުން ދެކެ ބިރުފުޅުގެން ވަޑައި ނުގަންނަވާ ހުށިކަމެވެ! އަދި ކަލޭގެފާނަށް أمر ކުރެވިފައިވާފަދައަކުން رسول ކަން އިއްވަވާށެވެ!) އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެދެއްކެވި ދެއްކެވުން (އެއީ إسراء އާއި معراج ގެ ރޭގައި އެކަލޭގެފާނަށް އެދެއްކެވުނު އެކިއެކި ތަކެއްޗާއި ތަންތަނުގެ ވާހަކައެވެ.) އެއީ މީސްތަކުންނަށްވާ إمتحان އެއްކަމުގައިމެނުވީ ތިމަންރަސްކަލާނގެ ނުލައްވަމެވެ. (އޭގެ ސަބަބުން އެއްބައެއްގެ އީމާންކަން ގަދަވެ އަނެއްބައެއްގެ ދެކޮޅުވެރިކަން ގަދަވިއެވެ.) އަދި قرآن ގައި އެގަހެއްގެ ވާހަކަ ނަންގަނެވިފައިވާ لعنة ލެއްވިގެން އެވާގަހުގެ ވާހަކަވެސް އެއީ މީސްތަކުންނަށްވާ إمتحان އެކެވެ. (އެގަހަކީ زَقُّومُ ގަސްކަމުގައި ގިނަ مفسّر ން ވިދާޅުވިއެވެ.) އަދި ތިމަންރަސްކަލާނގެ އެމީހުން އެބަހީ: مشرك ން (އެކިއެކި ގޮތްގޮތުން) ބިރުގަންނަވަމެވެ. ފަހެ ބޮޑުވެގެންވާ މަގުފުރެދުމާއި حقّ އާ ދުރަށްދިއުންމެނުވީ އެމީހުންނަށް އިތުރުނުވެއެވެ.

Verse 61

وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ قَالَ ءَأَسْجُدُ لِمَنْ خَلَقْتَ طِينًا

Transliteration wa-idh qul'nā lil'malāikati us'judū liādama fasajadū illā ib'līsa qāla a-asjudu liman khalaqta ṭīnan

Dhivehi އަދި آدم عليه السّلام އަށް سجدة ކުރާށޭ ملائكة ބޭކަލުންނަށް ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ. ދެންފަހެ إبليس ނޫން އެހެންހުރިހާ ބޭކަލުން سجدة ކުރެއްވިއެވެ. އަދި އެ إبليس (ﷲ އަށް) ދެންނެވިއެވެ. އިބަރަސްކަލާނގެ މަށިން ހައްދަވާފައިވާ مخلوق އަކަށްތިމަން سجدة ކުރަންވީހެއްޔެވެ؟ (އެބަހީ: سجدة ނުކުރާނަމެވެ.)

Verse 62

قَالَ أَرَءَيْتَكَ هَـٰذَا ٱلَّذِى كَرَّمْتَ عَلَىَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَأَحْتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلًا

Transliteration qāla ara-aytaka hādhā alladhī karramta ʿalayya la-in akhartani ilā yawmi l-qiyāmati la-aḥtanikanna dhurriyyatahu illā qalīlan

Dhivehi އަދި އެ إبليس ދެންނެވިއެވެ. އިބަރަސްކަލާނގެ މިއަޅާގެ މައްޗަށް މާތްކުރެއްވި مخلوق އާއިމެދު ބައްލަވާށެވެ! އިބަރަސްކަލާނގެ މިއަޅާ قيامة ދުވަހާއިހަމައަށް ފަސްކުރެއްވިއްޔާ ހަމަކަށަވަރުން ހުވައިކޮށްފާ ދަންނަވަމެވެ. މަދުބަޔަކުމެނުވީ އޭނާގެ ދަރިފަސްކޮޅު މަގުފުރައްދާ ވާވައްދާހުށީމެވެ.

Verse 63

قَالَ ٱذْهَبْ فَمَن تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَآؤُكُمْ جَزَآءً مَّوْفُورًا

Transliteration qāla idh'hab faman tabiʿaka min'hum fa-inna jahannama jazāukum jazāan mawfūran

Dhivehi ﷲ وحي ކުރެއްވިއެވެ. ކަލޭދާށެވެ! (ކަލޭ ތިޔަހުރީ قيامة އާއި ހަމައަށް ފަސްކުރަށްވާފައެވެ.) ފަހެ އެމީހުންކުރެ ކަލެޔާ تبع ވީ އެންމެންގެ ޖަޒާއަކީ ނަރަކައެވެ. އެއީ ކަލޭމެނަށް ބަރާބަރު ފުރިހަމަ ޖަޒާއެއްގެގޮތުންނެވެ.

Verse 64

وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلْأَمْوَٰلِ وَٱلْأَوْلَـٰدِ وَعِدْهُمْ ۚ وَمَا يَعِدُهُمُ ٱلشَّيْطَـٰنُ إِلَّا غُرُورًا

Transliteration wa-is'tafziz mani is'taṭaʿta min'hum biṣawtika wa-ajlib ʿalayhim bikhaylika warajilika washārik'hum fī l-amwāli wal-awlādi waʿid'hum wamā yaʿiduhumu l-shayṭānu illā ghurūran

Dhivehi އަދި ކަލޭ އަޑުގޮއްވައިގެން އެމީހުންކުރެ ކަލެއަށް ކުޅަދާނަވީ ބަޔަކު ޖާހިލުކުރުވައި ދަށްކުރުވައި ހަދާށެވެ! އަދި އެމީހުންގެމައްޗަށް ކަލޭގެ އަސްވާރުންނާއި ފައިމަގުގެ ލަޝްކަރަށް ގޮވާށެވެ! އަދި ކަލޭ އެމީހުންނަށް މުދަލާއި ދަރީނުންވެސް ބައިވެރިކުރާށެވެ! އަދި އެމީހުންނަށް وعد ތައް ކުރާށެވެ! (قيامة ނާންނާނެކަމަށާއި ސުވަރުގެޔާއި ނަރަކަނުވާކަމަށް އެމީހުންނަށް وعد ކުރާށެވެ. ދުނިޔޭގައި ނެގޭ މަޖަލެއް ނަގަން ބުނާށެވެ.) އަދި شيطان އާގެ وعد ހަމަ ހެއްލުމެއްކަމުގައި މެނުވީ ނުވެއެވެ. • ދަންނައެވެ. شيطان އާގޮއްވާ އަޑުކަމުގައި أبُوجَعْفَر الطّبرى އެކަލޭގެފާނުންގެ تفسير ގައި ލިއުއްވާފައިވަނީ އެއީ ލަވަޔާއި ކުޅިވަރުކަމަށެވެ. އެއީ مُجَاهِد ކިޔާ ބޭކަލެއްގެބަހެވެ. އަދި إبن عبّاس رضى ﷲ عنهما ވިދާޅުވިކަމަށް ލިއުއްވާފައިވަނީ އެއަޑަކީ ﷲ އަށް އުރެދުމަކަށް ގޮވާ ކޮންމެ މީހެއްގެ އަޑެވެ. والله أعلم.\n• އަދި މުދަލުގައި ބައިވެރިކުރުމަކީ شريعة ގައި حَرَام ކުރައްވާފައިވާގޮތްގޮތަށް މުދާ ހޯދުމެވެ. ރިބާގެ ގޮތުންނަމަވެސް ވައްކަންކޮށްގެންނަމަވެސް އަދި ނުވަތަ ފޭރިގެންނަމަވެސް މެއެވެ. • ދަރީނުން ބައިވެރިކުރުމަކީ ޒިނޭކޮށްގެން ދަރިން ހޯދުމާ ބުދުގެ އަޅުގެނަމުގެ ނަމުން ދަރިންނަށް ނަންކިއުމާއި މިފަދަ ގޮތްގޮތެވެ. والله أعلم.

Verse 65

إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَـٰنٌ ۚ وَكَفَىٰ بِرَبِّكَ وَكِيلًا

Transliteration inna ʿibādī laysa laka ʿalayhim sul'ṭānun wakafā birabbika wakīlan

Dhivehi އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ކިޔަމަންގަތްއަޅުން ދަންނައެވެ! އެމީހުންގެމައްޗަށް އެއްވެސް ބާރެއް އަދި دليل އެއް حجّة އެއް ކަލެއަކަށް ނުވެއެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ރައްކާތެރިކުރައްވާ އަދި ކަލޭގެފާނުންގެ ކަންތައް ސީދާކުރައްވާ قائم ކުރައްވާ ކަލަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ.

Verse 66

رَّبُّكُمُ ٱلَّذِى يُزْجِى لَكُمُ ٱلْفُلْكَ فِى ٱلْبَحْرِ لِتَبْتَغُوا۟ مِن فَضْلِهِۦٓ ۚ إِنَّهُۥ كَانَ بِكُمْ رَحِيمًا

Transliteration rabbukumu alladhī yuz'jī lakumu l-ful'ka fī l-baḥri litabtaghū min faḍlihi innahu kāna bikum raḥīman

Dhivehi (އޭ މީސްތަކުންނޭވެ!) ކަލޭމެންނަށްޓަކައި ކަނޑުގައި ނައުފަހަރު ދުއްވަވަނީ ހަމަ ކަލޭމެންގެ ربّ އެވެ. ﷲ އެވެ. އެއީ އެކަލާނގެ فضل ވަންތަކަން (ވިޔަފާރިޔާއި ދެންވެސް އެހެން ބޭނުމުގައި) ކަލޭމެން އެދިގަތުމަށްޓަކައެވެ. ހޯދައިގަތުމަށްޓަކައެވެ. ހަމަކަށަވަރުން އެކަލާނގެ ކަލޭމެންނަށް ނުހަނު އޯގާވަންތަވެވޮޑިގެން رحمة ލެއްވުން ބޮޑުވެގެންވެއެވެ.

Verse 67

وَإِذَا مَسَّكُمُ ٱلضُّرُّ فِى ٱلْبَحْرِ ضَلَّ مَن تَدْعُونَ إِلَّآ إِيَّاهُ ۖ فَلَمَّا نَجَّىٰكُمْ إِلَى ٱلْبَرِّ أَعْرَضْتُمْ ۚ وَكَانَ ٱلْإِنسَـٰنُ كَفُورًا

Transliteration wa-idhā massakumu l-ḍuru fī l-baḥri ḍalla man tadʿūna illā iyyāhu falammā najjākum ilā l-bari aʿraḍtum wakāna l-insānu kafūran

Dhivehi އަދި ކަނޑުގައި ކަލޭމެނަށް ދަތިއުނދަގޫ ކަމެއް ދިމާވެއްޖެއްޔާ (غَرَقُ ވުންފަދަ ކަމެއް ދިމާވެއްޖެއްޔާ) ﷲ ފިޔަވައި އެފަރާތްތަކަށް ކަލޭމެން ގޮވާ އަޅުކަންކޮށްއުޅުނު ހުރިހާ ފަރާތްތަކެއް ގެއްލިދެއެވެ. (އެއިން ފަރާތެއްގެ އެހީއެއް މަދަދެއްނުލިބެއެވެ.) ދެންފަހެ ތިމަންރަސްކަލާނގެ ކަލޭމެން އެއްގަމަކަށް ލައްވައި ސަލާމަތްކޮށްދެއްވައިފިއްޔާ ކަލޭމެން އެނބުރިގަނެއެވެ. شريك ނުކޮށް ނުތިބެއެވެ. (ﷲ ގެ ކިޔަމަނުން ނުކުމެ އެނބުރިގަނެއެވެ.) އަދި އިންސާނާވީ (ﷲ ގެ نعمة އަށް) ކާފަރުވުން ބޮޑު މީހަކުކަމުގައެވެ.

Verse 68

أَفَأَمِنتُمْ أَن يَخْسِفَ بِكُمْ جَانِبَ ٱلْبَرِّ أَوْ يُرْسِلَ عَلَيْكُمْ حَاصِبًا ثُمَّ لَا تَجِدُوا۟ لَكُمْ وَكِيلًا

Transliteration afa-amintum an yakhsifa bikum jāniba l-bari aw yur'sila ʿalaykum ḥāṣiban thumma lā tajidū lakum wakīlan

Dhivehi އަޅެފަހެ ކަލޭމެންނާއިގެން ބިމުގެ އެއްފަރާތް އެކަލާނގެ ގަންބަވައިގަތުމާމެދު ކަލޭމެން ތިޔަވަނީ އަމާންވެގެންހެއްޔެވެ؟ ގަންބަވައި ނުގަންނަވާނެކަމަށް ކަލޭމެން ހިތްހަމަޖެހިގެންތިބީހެއްޔެވެ؟ ނުވަތަ އުޑުން ހިލަތަކެއް އެކަލާނގެ ކަލޭމެންގެމައްޗަށް ފޮނުއްވުމާ މެދު ކަލޭމެން އަމާންވެގެންވަނީހެއްޔެވެ؟ ދެން އެކަލާނގެ عذاب ން ކަލޭމެން دفاع ކުރާނެ އެކަކުވެސް ކަލޭމެނަކަށް ނުފެންނާނެއެވެ. • ދަންނައެވެ. ދުނިޔޭގެ އެތަންމިތަނަށް ދިމާވާ އެކިބާވަތުގެ މުސީބާތަކީ މިއާޔަތް މިއިޝާރާތްކުރާ ކަންކަމުގެތެރެއިންވާ ކަންކަމެވެ. ދާދި އިހަށްދުވަހު އެދިޔަ ސުނާމީ އާއި އެޔާ ދާދިގާތުގައި ކިސަޑުއެޅި ނިވައިވާވަރަށް ނަގޫރޯޅިއަރައި ކުދިކުދިވެގެންދާ އެކިތަންތަން ބިންހެލިގެން ހަލާކުވެގެންދާ ތަންތަން ހަނދުމަކުރައްވާށެވެ! ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ ކިތައްކިތައް علامة އުޑުތަކާއި ބިމުގައި ކޮންމެދުވަހަކު އެބަ ހިނގައިދޭހެއްޔެވެ؟ މީސްތަކުން މިވަނީ އެބާވަތުގެ ކަންކަމުން މުޅިން غافل ވެގެންނެވެ. (وَكَأَيِّن مِّنْ ءَايَةٍ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ) سورة يوسف: 105

Verse 69

أَمْ أَمِنتُمْ أَن يُعِيدَكُمْ فِيهِ تَارَةً أُخْرَىٰ فَيُرْسِلَ عَلَيْكُمْ قَاصِفًا مِّنَ ٱلرِّيحِ فَيُغْرِقَكُم بِمَا كَفَرْتُمْ ۙ ثُمَّ لَا تَجِدُوا۟ لَكُمْ عَلَيْنَا بِهِۦ تَبِيعًا

Transliteration am amintum an yuʿīdakum fīhi tāratan ukh'rā fayur'sila ʿalaykum qāṣifan mina l-rīḥi fayugh'riqakum bimā kafartum thumma lā tajidū lakum ʿalaynā bihi tabīʿan

Dhivehi (އޭ މީސްތަކުންނޭވެ!) ނުވަތަ ކަލޭމެން ތިޔަތިބީ އަލުންވެސް އެކަލާނގެ ކަލޭމެން އެ ކަނޑަށް އަނެއްފަހަރު إعاد ނުކުރައްވާނޭކަމަށް (إعاد ކުރެއްވުމާމެދު) އަމާންވެގެންހެއްޔެވެ؟ ދެން އޭރުން (އެބަހީ: އަލުން ކަނޑަށް ކަލޭމެން إعاد ކުރައްވައިފިއްޔާ) އެކަލާނގެ ކަލޭމެންގެ މައްޗަށް (ސާމާނުތައް ހަލާކުކުރާވަރުގެ) ގަދަވައެއް ފޮނުއްވައި ދެން ކަލޭމެން ކާފަރުވުމުގެ ސަބަބުން އެކަލާނގެ ކަލޭމެން ކަނޑަށް غرق ކުރައްވައިފާނެއެވެ. ދެން ކަލޭމެނާމެދު ތިމަންރަސްކަލާނގެ ކަންތައްކުރެއްވިގޮތާދޭތެރޭ އެއްޗެއް ބުނެ އެކަމާމެދު ތިމަންރަސްކަލާނގެއާ تبع ކުރާނޭ އެކަކުވެސް ކަލޭމެން ނުދެކޭނެއެވެ.

Verse 70

۞ وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَـٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا

Transliteration walaqad karramnā banī ādama waḥamalnāhum fī l-bari wal-baḥri warazaqnāhum mina l-ṭayibāti wafaḍḍalnāhum ʿalā kathīrin mimman khalaqnā tafḍīlan

Dhivehi އަދި ހަމަކަށަވަރުން އާދަމުގެދަރީން (بني آدم) ތިމަންރަސްކަލާނގެ މާތްކުރެއްވީމެވެ. އަދި އެއްގަމާއި ކަނޑުގައި ތިމަންރަސްކަލާނގެ އެމީހުން އުފުއްލެވީމެވެ. އަދި ރަނގަޅު حلال ރިޒުގު އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ خلق ތަކުންކުރެ ގިނަބައެއްގެމައްޗަށް ކަނޑައެޅިގެންވާ މާތްކުރެއްވުމަކުން ތިމަންރަސްކަލާނގެ އެމީހުން މާތްކުރެއްވީމެވެ.

Verse 71

يَوْمَ نَدْعُوا۟ كُلَّ أُنَاسٍۭ بِإِمَـٰمِهِمْ ۖ فَمَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ فَأُو۟لَـٰٓئِكَ يَقْرَءُونَ كِتَـٰبَهُمْ وَلَا يُظْلَمُونَ فَتِيلًا

Transliteration yawma nadʿū kulla unāsin bi-imāmihim faman ūtiya kitābahu biyamīnihi fa-ulāika yaqraūna kitābahum walā yuẓ'lamūna fatīlan

Dhivehi ކޮންމެބަޔަކަށްވެސް އެބައެއްގެ إمام ގެނަމުން ގޮވޭދުވަސް ހަނދާންކުރާށެވެ! (އެ إمام އަކީ އެބަޔަކު ދުނިޔޭގައި تبع ވެ إقتداء ވެގެންއުޅުނު މީހާކަމުގައި ބުނެވުނެވެ. / ނުވަތަ އެބަޔަކަށް ބާވައިލެއްވުނު ފޮތްކަމުގައި ބުނެވުނެވެ. والله أعلم) ދެންފަހެ (އެދުވަހުން) އެމީހެއްގެ عمل ގެފަތް އެމީހެއްގެ ކަނާތަށް ދެވިއްޖެމީހާ ފަހެ އެމީހުން އެމީހުންގެ ފަތްކިޔާނެއެވެ. فَتِيْلاَ އެއްގެ މިންވަރުވެސް އެމީހުންނަށް އަނިޔާނުވެވޭނެއެވެ. (فَتِيْلاَ އަކީ ކަދުރު ނޮޅައިލީމާ އޮށުގެ ފެޅުނުތާނގައިވާ ކަދުރުގެ ހިމަ ފަށްވަރެވެ.)

Verse 72

وَمَن كَانَ فِى هَـٰذِهِۦٓ أَعْمَىٰ فَهُوَ فِى ٱلْـَٔاخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًا

Transliteration waman kāna fī hādhihi aʿmā fahuwa fī l-ākhirati aʿmā wa-aḍallu sabīlan

Dhivehi އަދި މިދުނިޔޭގައި އުޅުނުއިރު (ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމާއި އެކަލާނގެ ދެއްވާފައިވާ نعمة ތަކާމެދު ނުވިސްނާ އެކަންކަމާމެދު) ހިތް غافل ވެ ކަނުވެގެންވާމީހާ ފަހެ އޭނާ آخرة ގައިވެސް ވާނީ ކަނުވެ އަނދިރިވެގެންވާމީހަކު ކަމުގައެވެ. އަދި މަގުފުރެދުން މާބޮޑުވެގެންވާ މީހަކުކަމުގައެވެ.

Verse 73

وَإِن كَادُوا۟ لَيَفْتِنُونَكَ عَنِ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ لِتَفْتَرِىَ عَلَيْنَا غَيْرَهُۥ ۖ وَإِذًا لَّٱتَّخَذُوكَ خَلِيلًا

Transliteration wa-in kādū layaftinūnaka ʿani alladhī awḥaynā ilayka litaftariya ʿalaynā ghayrahu wa-idhan la-ittakhadhūka khalīlan

Dhivehi (އޭ رسول ﷲ އެވެ!) އެމީހުން يعني: އެ مشرك ންގެމީހުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ وحيގައި ކަލޭގެފާނު فِتنَة ވެރިކުރުވުން ހަމަކަށަވަރުން ގާތްވެގެންވެއެވެ. އެއީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލެއްވިގޮތްނޫން އެހެން ގޮތަކަށް ކަލޭގެފާނު ހައްދަވައި ތިމަންރަސްކަލާނގެ ރަސްކަންފުޅުގެމައްޗަށް ކަލޭގެފާނު ބޮޑުދޮގެއް އުފައްދައިގަތުމަށެވެ. އަދި އެހެން ކަލޭގެފާނު ހައްދަވައިފިއްޔާ (އެބަހީ: އެމީހުން އެބުނާ ގޮތަކަށް ކަލޭގެފާނު ހައްދަވައިފިއްޔާ) ހަމަކަށަވަރުން އެމީހުންގެ މިތުރަކުކަމުގައި ކަލޭގެފާނު އެމީހުން ހަދާނެއެވެ.

Verse 74

وَلَوْلَآ أَن ثَبَّتْنَـٰكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْـًٔا قَلِيلًا

Transliteration walawlā an thabbatnāka laqad kidtta tarkanu ilayhim shayan qalīlan

Dhivehi އަދި ތިމަންރަސްކަލާނގެ ކަލޭގެފާނު ސާބިތުކުރައްވައި ރައްކާތެރި ނުކުރެއްވިނަމަ ހަމަކަށަވަރުން ކަލޭގެފާނު އެމީހުންގެ ފަރާތަށް ކޮންމެވެސް ކުޑަމިންވަރަކަށްނަމަވެސް ލެނބިވަޑައިގެންނެވުން ގާތްވެގެންވެއެވެ.

Verse 75

إِذًا لَّأَذَقْنَـٰكَ ضِعْفَ ٱلْحَيَوٰةِ وَضِعْفَ ٱلْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًا

Transliteration idhan la-adhaqnāka ḍiʿ'fa l-ḥayati waḍiʿ'fa l-mamāti thumma lā tajidu laka ʿalaynā naṣīran

Dhivehi އެހެންވެއްޖެއްޔާ - އެބަހީ: އެމީހުން ބުނާގޮތަކަށް ލެނބިވަޑައިގެންނެވުނުނަމަ - ހަމަކަށަވަރުން ދުނިޔޭގެ حياة ގެ عذاب އާއި އަދި މަރުގެ عذاب ގެރަހަ. (އެބަހީ: ދުނިޔެއާއި آخرة ގެ عذاب ގެރަހަ ޑަބަލްކޮށް ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްކެވީމުހެވެ. (ދަންނައެވެ! އެއީ مشرك ންނަށް ދެއްވާ عذاب ގެ ޑަބަލްކަމުގައިވިއެވެ. = زيدة التّفسير = )\nދެން އަދި ތިމަންރަސްކަލާނގެއާ އިދިކޮޅަށް ކަލޭގެފާނަށް نصر ދޭނޭ ހަމައެކަކުވެސް ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ.

Verse 76

وَإِن كَادُوا۟ لَيَسْتَفِزُّونَكَ مِنَ ٱلْأَرْضِ لِيُخْرِجُوكَ مِنْهَا ۖ وَإِذًا لَّا يَلْبَثُونَ خِلَـٰفَكَ إِلَّا قَلِيلًا

Transliteration wa-in kādū layastafizzūnaka mina l-arḍi liyukh'rijūka min'hā wa-idhan lā yalbathūna khilāfaka illā qalīlan

Dhivehi އަދި އެމީހުން يعني: مشرك ން - ކަލޭގެފާނު ހުންނެވި ބިމުން - مكّة ގެ ބިމުން - ނެރެލުމަށްޓަކައި ކަލޭގެފާނު ބިރުގަންނަވާ ސިއްސުވާކަމުގައިވިއެވެ. ފަހެ އެހެންވީނަމަ (އެބަހީ: އެމީހުން ކަލޭގެފާނު އެތަނުން ނެރުނުނަމަ) ކަލޭގެފާނަށްފަހު ދެން އެމީހުން އެތާނގައި ދާދިކުޑަހިނދުކޮޅަކުމެނުވީ ނުތިބީހެވެ. (އެމީހުންގެމައްޗަށް عذاب އެއް ފޮނުއްވައި އެމީހުން ހަލާކުކުރައްވައިފީހެވެ.) • ދަންނައެވެ. މިއާޔަތުގައި އަދި އެހެންގޮތަކަށް މާނަކިޔާފައިވެއެވެ. އެމީހުންގެ އުނދަގޫބޮޑުވެގެން ﷲ ގެ أمر ފުޅަށް އެކަލޭގެފާނު مدينة އަށް هجرة ކުރެއްވުން އެއީ އެމީހުން އެކަލޭގެފާނު އެރަށުން ނެރެލިކަމުގައި މާނަކުރެއްވި ބޭކަލުންވެއެވެ. ދެން އެކަލޭގެފާނު ނުކުމެވަޑައިގަތުމަށްފަހު ކުޑަދުވަސްކޮޅަކު މެނުވީ އެމީހުން ނުތިބެއެވެ. އޭގެތެރެއިން ނަގާކިޔާ އުޅުނު جبّار ބޮޑެތިމީހުން بَدْرُ ހަނގުރާމައިގައި މަރުވެދިޔައީއެވެ. والله أعلم.

Verse 77

سُنَّةَ مَن قَدْ أَرْسَلْنَا قَبْلَكَ مِن رُّسُلِنَا ۖ وَلَا تَجِدُ لِسُنَّتِنَا تَحْوِيلًا

Transliteration sunnata man qad arsalnā qablaka min rusulinā walā tajidu lisunnatinā taḥwīlan

Dhivehi (އޭ رسول ﷲ އެވެ!) އެއީ ކަލޭގެފާނުންގެ ކުރީގައި ތިމަންރަސްކަލާނގެ ފޮނުއްވި رسول ބޭކަލުންނާ މެދު ކަންތައްވެގެން ދިޔަގޮތެވެ. އެއީ ތިމަންރަސްކަލާނގެ سُنَّة އެވެ. ގޮތެވެ. އަދި އެގޮތަށް އެއްވެސް ބަދަލެއް އަންނާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. • އެބަހީ: ކޮންމެ أمّة އަކަށްވެސް އެ أمّة އަކަށް رسول ން ފޮނުއްވުމަށްފަހު އެމީހުން އެބޭކަލަކަށް އަނިޔާވެރިވެ އެބޭކަލަކު މަރައި ނުވަތަ ރަށުން ނެރެލައިފިނަމަ ދެން ލަހެއްނުވެ އެ أمّة އެއް ތިމަންރަސްކަލާނގެ ހަލާކުކުރައްވަމެވެ. އެއީ ތިމަންރަސްކަލާނގެ سنّة އެވެ. އެއަކަށް ބަދަލެއް ނާންނާނެއެވެ. رسول ﷲ ﷺ مكّة އިން مدينة އަށް هجرة ކުރެއްވީ ﷲ އަންގަވައިގެންނެވެ. އެރަށުން އެކަލޭގެފާނު ނެރެލުމަށް مكّة ގެ مشرك ން قصد ކުރިޔަސް އެމީހުންނަށް އެކަމެއްނުވެއެވެ. އެކަލޭގެފާނު مدينة އަށް ވަޑައިގެންނެވުމަކީ އެ مشرك ންގެ عمل އެއް ނޫނެވެ. އެއީ ﷲ ގެ أمر ފުޅެކެވެ.

Verse 78

أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ ۖ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا

Transliteration aqimi l-ṣalata lidulūki l-shamsi ilā ghasaqi al-layli waqur'āna l-fajri inna qur'āna l-fajri kāna mashhūdan

Dhivehi އިރުމެދުން ލަނބައިލުމުން ރޭގަނޑުގެ އަނދިރިއަށް ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! އަދި ފަތިސްނަމާދުވެސް قائم ކުރައްވާށެވެ! ހަމަކަށަވަރުން ފަތިސްނަމާދަކީ ހެކިވެވިގެންވާ ނުވަތަ حاضر ވެވެނި ނަމާދެއްކަމުގައިވިއެވެ. (އެބަހީ: އިންސާނުންނާއިއެކު ދުވާލު ތިއްބަވާ ملائكة ބޭކަލުންނާއި ރޭގަނޑު ތިއްބަވާ ملائكة ބޭކަލުން ފަތިސްނަމާދަށް حاضر ވެވަޑައިގަންނަވައެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މިއާޔަތުން فَرْضُ ފަސްނަމާދަށް އިޝާރާތްވެގެންވެއެވެ.)

Verse 79

وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا

Transliteration wamina al-layli fatahajjad bihi nāfilatan laka ʿasā an yabʿathaka rabbuka maqāman maḥmūdan

Dhivehi (އޭ رسول ﷲ އެވެ!) އަދި ރޭގަނޑު ދަންވަރު (އަވަހާރަފުޅުލެއްޕެވުމަށްފަހު ތެދުވެވަޑައިގެން) ނަމާދުފުޅުކުރައްވާށެވެ! އެއީ ކަލޭގެފާނަށް خاصّ ވެގެންވާ ކަމެކެވެ. އެއީ ކަލޭގެފާނުންގެ ربّ ކަލޭގެފާނު حمد ލިބެވިގެންވާ مقام އަކަށް (قيامة ދުވަހުން) ފޮނުއްވުމަށްޓަކައެވެ.

Verse 80

وَقُل رَّبِّ أَدْخِلْنِى مُدْخَلَ صِدْقٍ وَأَخْرِجْنِى مُخْرَجَ صِدْقٍ وَٱجْعَل لِّى مِن لَّدُنكَ سُلْطَـٰنًا نَّصِيرًا

Transliteration waqul rabbi adkhil'nī mud'khala ṣid'qin wa-akhrij'nī mukh'raja ṣid'qin wa-ij'ʿal lī min ladunka sul'ṭānan naṣīran

Dhivehi (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! (ދަންނަވާށެވެ!) އޭ އަޅުގެ ربّ އެވެ! މިއަޅާ ތެދުވެރި ތަނަކަށް ވައްދަވާނދޭވެ! އަދި ތެދުވެރިތާކުން މިއަޅާ ނެރުއްވާނދޭވެ! (މިބަސްފުޅުގެ تفسير އެއްކަމުގައި تفسير علم ވެރިންގެ ވަރަށްގިނަ ބޭކަލުން ވިދާޅުވަނީ ވައްދަވާ ތެދުވެރިތަނަކީ المدينة المنوّرة އެވެ. އަދި ނެރުއްވާ ތެދުވެރިތަނަކީ مكّة المكرمة އެވެ.) އަދި އިބަރަސްކަލާނގެ حضرة ން މިއަޅާއަށް نصر ވެރި حجّة އެއް އަދި ގަދަ دليل އެއް ދެއްވާނދޭވެ! އެއީ مدينة ގައި إسلامى دولة އެއް قائم ކޮށްދެއްވުމަށް އެދިވަޑައިގެންނެވުންކަމުގައި ބުނެވުނެވެ.

Verse 81

وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَـٰطِلُ ۚ إِنَّ ٱلْبَـٰطِلَ كَانَ زَهُوقًا

Transliteration waqul jāa l-ḥaqu wazahaqa l-bāṭilu inna l-bāṭila kāna zahūqan

Dhivehi އަދި ކަލޭގެފާނު ވިދާޅުވާށެވެ! حقّ އަތުވެއްޖެއެވެ. باطل ހަލާކުވެ ނެތިވެހިނގައްޖެއެވެ. ހަމަކަށަވަރުން باطل އެއީ ނެތިވެދާނޭ އެއްޗެކެވެ. • ދަންނައެވެ. މިއާޔަތުގައި އެވާ حقّ އާއި باطل އާއިމެދު ބަސްތަފާތެވެ. ބައެއްބޭކަލުން ވިދާޅުވަނީ حقّ ގެ މުރާދަކީ ކީރިތި قرآن އެވެ. باطل އަކީ شيطان އާއެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ حقّ އަކީ مشرك ންނާ جهاد ކުރުމެވެ. باطل އަކީ شرك އެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ حقّ އަކީ އެކަމެއްގައި ﷲ ގެ ރުހިވޮޑިގަތުމާއި އެކަލާނގެއަށް ކިޔަމަންތެރިކަންވާ ކޮންމެ ކަމެކެވެ. އަދި باطل އަކީ އޭގެ އިދިކޮޅެވެ. = والله أعلم =

Verse 82

وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّـٰلِمِينَ إِلَّا خَسَارًا

Transliteration wanunazzilu mina l-qur'āni mā huwa shifāon waraḥmatun lil'mu'minīna walā yazīdu l-ẓālimīna illā khasāran

Dhivehi އަދި މި ކީރިތި قرآن ގައި مؤمن ންނަށްޓަކައިވާ ބަލިބަލީގެ شفاء (ފަރުވާ) އާއި އަދި رحمة ވެއެވެ. އަދި އަނިޔާވެރިންނަށް ކީރިތި قرآن ން ގެއްލުމާއި ހަލާކުމެނުވީ އިތުރު ނުވެއެވެ.

Verse 83

وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَـٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ ۖ وَإِذَا مَسَّهُ ٱلشَّرُّ كَانَ يَـُٔوسًا

Transliteration wa-idhā anʿamnā ʿalā l-insāni aʿraḍa wanaā bijānibihi wa-idhā massahu l-sharu kāna yaūsan

Dhivehi އަދި އިންސާނާއަށް ޖެހިފައިވާ އުނދަގުލާއި مصيبة ފިއްލަވައި ތިމަންރަސްކަލާނގެ އޭނާއަށް نعمة ދެއްވާ ތަނަވަސްކޮށްދެއްވައިފިއްޔާ ތިމަންރަސްކަލާނގެއަށް ذِكر ކޮށް شكر ކުރުމުން އޭނާ އެނބުރި ފުރަގަސްދެއެވެ. އެކަންކަން ނުކުރެއެވެ. އަދި އޭނާއަށް ނުބަޔާއި އުނދަގޫ ޖެހިއްޖެއްޔާ އޭނާއަކީ މުޅިން ނާއުއްމީދުވެ މާޔޫސްވެގެންވާ މީހަކުކަމުގައި ވެދެއެވެ.

Verse 84

قُلْ كُلٌّ يَعْمَلُ عَلَىٰ شَاكِلَتِهِۦ فَرَبُّكُمْ أَعْلَمُ بِمَنْ هُوَ أَهْدَىٰ سَبِيلًا

Transliteration qul kullun yaʿmalu ʿalā shākilatihi farabbukum aʿlamu biman huwa ahdā sabīlan

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެ މީހަކުވެސް އޭނާގެ ގޮތަށް ނުވަތަ އޭނާއަށް ފެންނަގޮތަކަށް عمل ކުރަމުންދެއެވެ. އަދި އޭގެތެރެއިން އެންމެ ތެދުމަގުގައި ވަނީ ކާކުކަން ކަލޭގެފާނުންގެ ربّ ދެނެވޮޑިގެންވެއެވެ.

Verse 85

وَيَسْـَٔلُونَكَ عَنِ ٱلرُّوحِ ۖ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا

Transliteration wayasalūnaka ʿani l-rūḥi quli l-rūḥu min amri rabbī wamā ūtītum mina l-ʿil'mi illā qalīlan

Dhivehi އަދި (އޭ رسول ﷲ އެވެ!) رُوح އާއިމެދު އެބަހީ: ފުރާނަޔާމެދު އެމީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! رُوح އެއީ އެކަލާނގެ ދެނެވޮޑިގަތުމަށް خاصّ ވެގެންވާ ކަންކަމުގެތެރެއިންވާ ކަމެކެވެ. (އެކަން ކަލޭމެންނަކަށް ނޭނގޭނެއެވެ.) އަދި علم ގެތެރެއިން ދާދި މަދުމިންވަރެއް މެނުވީ ކަލޭމެންނަށް ދެވިގެންނުވެއެވެ.

Verse 86

وَلَئِن شِئْنَا لَنَذْهَبَنَّ بِٱلَّذِىٓ أَوْحَيْنَآ إِلَيْكَ ثُمَّ لَا تَجِدُ لَكَ بِهِۦ عَلَيْنَا وَكِيلًا

Transliteration wala-in shi'nā lanadhhabanna bi-alladhī awḥaynā ilayka thumma lā tajidu laka bihi ʿalaynā wakīlan

Dhivehi އަދި (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ އެދިވޮޑިގެންފިއްޔާ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ وحي ހަމަކަށަވަރުން ތިމަންރަސްކަލާނގެ ގެންދަވައިފީހެވެ. (قرآن ގެ އެންމެހައި علم އެއް ގެންދަވައިފީހެވެ.) ދެން އެކަމާމެދު ތިމަންރަސްކަލާނގެއާ އިދިކޮޅަށް ކަލޭގެފާނަށް نصر ދީ وَكالة ކުރާނޭ وكيل އަކު ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ.

Verse 87

إِلَّا رَحْمَةً مِّن رَّبِّكَ ۚ إِنَّ فَضْلَهُۥ كَانَ عَلَيْكَ كَبِيرًا

Transliteration illā raḥmatan min rabbika inna faḍlahu kāna ʿalayka kabīran

Dhivehi ހަމައެކަނި ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްމެނުވީއެވެ. (އެބަހީ: ކަލޭގެފާނަށް ބާވައިލެއްވި وحي އެކަލާނގެ ނުގެންދަވައި ކަލޭގެފާނުންގެ ހިތްޕުޅުގައި ثابت ކުރައްވާފައި އެވަނީ ހަމައެކަލާނގެ رحمة އާއި فضل ވަންތަކަމެވެ.) ހަމަކަށަވަރުން އެކަލާނގެ فضل ވަންތަކަން ކަލޭގެފާނުންގެމައްޗަށް ބޮޑުވެގެންވެއެވެ.

Verse 88

قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَـٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا

Transliteration qul la-ini ij'tamaʿati l-insu wal-jinu ʿalā an yatū bimith'li hādhā l-qur'āni lā yatūna bimith'lihi walaw kāna baʿḍuhum libaʿḍin ẓahīran

Dhivehi ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އިންސީންނާއި ޖިންނީން ޖަމާވެގެން އެފަދަ قرآن އެއް ގެނައުމަށް މަސައްކަތްކުރިޔަސް އެފަދަ قرآن އެއް ނުގެނެވޭނެއެވެ. އަދި އޭގެ އެއްބަޔަކު އަނެއްބަޔަކާއި ވާގިވެރިވެ އެހީތެރިވިޔަސް އެކަމެއް ނުވާނެއެވެ.

Verse 89

وَلَقَدْ صَرَّفْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًا

Transliteration walaqad ṣarrafnā lilnnāsi fī hādhā l-qur'āni min kulli mathalin fa-abā aktharu l-nāsi illā kufūran

Dhivehi އަދި މި قرآن ގައި މީސްތަކުންނަށްޓަކައި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކޮންމެ ވައްތަރަކުންވެސް مثال ތައް بيان ކޮށްދީފީމެވެ. ފަހެ މީސްތަކުންކުރެ ގިނަމީހުން (حقّ އާއި އިދިކޮޅުހަދައި) كافر ވުންމެނުވީ إختيار ނުކުރިއެވެ. (އެކަލާނގެ حجّة ތަކާއި دليل ތައް قبول ކުރުމުން މަނާވެގަތީއެވެ.)

Verse 90

وَقَالُوا۟ لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ ٱلْأَرْضِ يَنۢبُوعًا

Transliteration waqālū lan nu'mina laka ḥattā tafjura lanā mina l-arḍi yanbūʿan

Dhivehi (އޭ رسول ﷲ އެވެ!) އަދި އެ مشرك ން ކަލޭގެފާނަށް ދެންނެވިއެވެ. (މިރަށުގެ) ބިމުން ފެންއާރެއް ފަޅުއްވައިގެން ގެންނަވައިފުމަށްދާންދެން އަހުރެމެން ކަލޭގެފާނަށް إيمان ނުވާހުށީމެވެ.

Verse 91

أَوْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَ ٱلْأَنْهَـٰرَ خِلَـٰلَهَا تَفْجِيرًا

Transliteration aw takūna laka jannatun min nakhīlin waʿinabin fatufajjira l-anhāra khilālahā tafjīran

Dhivehi ނުވަތަ ކަދުރު ރުކާއި މޭބިސްކަދުރު ގެ ބަގީޗާއެއް ކަލޭގެފާނަށް އޮވެފައި އެގަސްތަކުގެ ތެރޭގައި ފެންއާރެއް ފެޅިގެން ދެމެވިއްޖައުމަށްދާންދެން (އަހުރެމެން ކަލޭގެފާނަށް އީމާންނުވާހުށީމެވެ.)

Verse 92

أَوْ تُسْقِطَ ٱلسَّمَآءَ كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِىَ بِٱللَّهِ وَٱلْمَلَـٰٓئِكَةِ قَبِيلًا

Transliteration aw tus'qiṭa l-samāa kamā zaʿamta ʿalaynā kisafan aw tatiya bil-lahi wal-malāikati qabīlan

Dhivehi ނުވަތަ ކަލޭގެފާނު ތިޔަހީފުޅުކުރައްވާފަދައިން އުޑު ކުދިކުދިވެގެން އޭގެ އެތިގަނޑުގަނޑު އަހުރެމެންގެމައްޗަށް ވެރިއްޖައުމަށްދާންދެން ނުވަތަ އަހުރެމެންގެ ކޮންމެ قبيلة އަކަށްވެސް ފެންނާނޭގޮތަށް ކަލޭގެފާނު އަހުރެމެންގެގާތަށް ﷲ އާއި ملائكة ބޭކަލުން ގެންނަވައިފުމަށްދާންދެން (އަހުރެމެން ކަލޭގެފާނަށް إيمان ނުވާހުށީމެވެ.) ނުވަތަ ހަމަ ފައުޅުގައި އަހުރެމެންނަށް ﷲ އާއި ملائكة ބޭކަލުން ފެންނަފަށަށް ގެންނަވައިފުމަށްދާންދެން އަހުރެމެން އީމާނެއްނުވާނަމެވެ.

Verse 93

أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَىٰ فِى ٱلسَّمَآءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَـٰبًا نَّقْرَؤُهُۥ ۗ قُلْ سُبْحَانَ رَبِّى هَلْ كُنتُ إِلَّا بَشَرًا رَّسُولًا

Transliteration aw yakūna laka baytun min zukh'rufin aw tarqā fī l-samāi walan nu'mina liruqiyyika ḥattā tunazzila ʿalaynā kitāban naqra-uhu qul sub'ḥāna rabbī hal kuntu illā basharan rasūlan

Dhivehi ނުވަތަ ރަނުން ޒީނަތްތެރިވެގެންވާ ގެއެއް ކަލޭގެފާނަށް ހުރެއްޖައުމަށްދާންދެން (އަހުރެމެން ކަލޭގެފާނަށް إيمان ނުވާހުށީމެވެ.) ނުވަތަ ސިޑިޔަކުން ކަލޭގެފާނު އުޑަށް އަރާވަޑައިގެންފުމަށްދާންދެންނެވެ. އަދި ކަލޭގެފާނަށް تبع ވުމަށް بيان ވެގެންވާ ފޮތެއް އަހުރެމެން ކިޔެވުމަށް ކަލޭގެފާނުން ގެންނެވިއްޔާމެނުވީ ކަލޭގެފާނު އުޑަށް އަރާވަޑައިގެންނެވިކަމަށް އަހުރެމެން ތެދެއް ނުކުރާނަމެވެ. (އޭ رسول ﷲ އެވެ! މިހުރިހާކަމެއްގެ ޖަވާބުގައި) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ ربّ ހުސް طاهر ވަންތައެވެ. ފަހެ رسول ކަމާއިގެން ފޮނުއްވިފައިވާ آدم ގެދަރިއަކުކަމުގައި މެނުވީ އަހުރެން އެބަވޭހެއްޔެވެ؟ (އެބަހީ: އަހުރެންނަކީހަމަ ފޮނުއްވިގެންވާ رسولއަކީމެވެ. އެކަލާނގެ އަހުރެންނާމެދު އިރާދަކުރެއްވިކަމެއްމެނުވީއަހުރެންނަކަށް ނުވާނެއެވެ.)

Verse 94

وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰٓ إِلَّآ أَن قَالُوٓا۟ أَبَعَثَ ٱللَّهُ بَشَرًا رَّسُولًا

Transliteration wamā manaʿa l-nāsa an yu'minū idh jāahumu l-hudā illā an qālū abaʿatha l-lahu basharan rasūlan

Dhivehi އަދި މީސްތަކުންގެގާތަށް ތެދުމަގު އައިހިނދުން އެމީހުން إيمان ނުވުމުގެ ސަބަބެއްކަމުގައި " ﷲ تعالى آدم ގެދަރިއަކު رسول ކަމާއިގެން ފޮނުއްވީހެއްޔެވެ؟" މިހެން އެމީހުން ބުނުންކަމުގައިމެނުވީ ނުވެއެވެ.

Verse 95

قُل لَّوْ كَانَ فِى ٱلْأَرْضِ مَلَـٰٓئِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ ٱلسَّمَآءِ مَلَكًا رَّسُولًا

Transliteration qul law kāna fī l-arḍi malāikatun yamshūna muṭ'ma-innīna lanazzalnā ʿalayhim mina l-samāi malakan rasūlan

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ބިންމަތީގައި ހިންގަވާ ހައްދަވައި ހަމަޖެހިވަޑައިގެން މަލާއިކަތްބޭކަލުން އުޅުއްވާނަމަ އެބޭކަލުންގެގާތަށް رسول ބޭކަލަކުކަމުގައި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އުޑުން މަލާއިކަތްބޭކަލަކު ފޮނުއްވީމުހެވެ.

Verse 96

قُلْ كَفَىٰ بِٱللَّهِ شَهِيدًۢا بَيْنِى وَبَيْنَكُمْ ۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًا

Transliteration qul kafā bil-lahi shahīdan baynī wabaynakum innahu kāna biʿibādihi khabīran baṣīran

Dhivehi ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނާއި ތިމަންކަލޭގެފާނާ ދެމެދުގައިވާ ހެކިވެރިއަކުކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. ހަމަކަށަވަރުން އެކަލާނގެ އަޅުތަކުންގެ خبر ތައް ދެނެވޮޑިގެންވާ އަދި ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.

Verse 97

وَمَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُمْ أَوْلِيَآءَ مِن دُونِهِۦ ۖ وَنَحْشُرُهُمْ يَوْمَ ٱلْقِيَـٰمَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا ۖ مَّأْوَىٰهُمْ جَهَنَّمُ ۖ كُلَّمَا خَبَتْ زِدْنَـٰهُمْ سَعِيرًا

Transliteration waman yahdi l-lahu fahuwa l-muh'tadi waman yuḍ'lil falan tajida lahum awliyāa min dūnihi wanaḥshuruhum yawma l-qiyāmati ʿalā wujūhihim ʿum'yan wabuk'man waṣumman mawāhum jahannamu kullamā khabat zid'nāhum saʿīran

Dhivehi އަދި ﷲ އެމީހަކަށް ތެދުމަގު ދައްކަވާމީހަކު (ދަންނައެވެ!) ތެދުމަގުގައިވާ މީހަކީ އެމީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވާމީހާ (ދަންނައެވެ!) ފަހެ އެފަދަ މީހުންނަށް އެކަލާނގެ ފިޔަވައި نصر ދީ ވާގިވެރިވާނޭ އެހެން نصر ވެރިންނެއް ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ. އަދި قيامة ދުވަހުން ތިމަންރަސްކަލާނގެ އެމީހުން محشر ކުރައްވާހުށީ އެމީހުންގެ މޫނުވަތަށެވެ. ކަނު މަންމަން އަދި ބީރުބަޔަކުކަމުގައިވާ ހާލުގައެވެ. އަދި އެމީހުންގެ ޓިކާނާއަކީ ޖާގަޔަކީ ނަރަކައެވެ. އެނަރަކައިގެ އެނދުމާއި ތެޅުން މަޑުވެލާ ކޮންމެހިނދެއްގައި ތިމަންރަސްކަލާނގެ އެމީހުންނަށް އެނދުމާއި އަލިފާން އިތުރުކުރައްވާހުށީމެވެ.

Verse 98

ذَٰلِكَ جَزَآؤُهُم بِأَنَّهُمْ كَفَرُوا۟ بِـَٔايَـٰتِنَا وَقَالُوٓا۟ أَءِذَا كُنَّا عِظَـٰمًا وَرُفَـٰتًا أَءِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا

Transliteration dhālika jazāuhum bi-annahum kafarū biāyātinā waqālū a-idhā kunnā ʿiẓāman warufātan a-innā lamabʿūthūna khalqan jadīdan

Dhivehi އެމީހުންނަށް އެޖަޒާ އެދެއްވެނީ ހަމަކަށަވަރުން އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރިކަމަށްޓަކައެވެ. އަދި އެމީހުން ދުނިޔޭގައިތިބިއިރު އެމީހުން ބުންޏެވެ. (އެއީ އިންކާރުކުރުމުގެގޮތުން ބުނިބުނުމެކެވެ.) އަހުރެމެން ފަހެ މަރުވެ ކަށްޓަށްވެ ކަށިތައް ފީވެ ވެއްޔަށްވުމުން އަލުން އާހެއްދެވުމަކުން އަހުރެމެން ހެއްދެވޭނޭހެއްޔެވެ؟ (އެއީ ވާނޭކަމެއްނޫނެވެ.)

Verse 99

۞ أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ قَادِرٌ عَلَىٰٓ أَن يَخْلُقَ مِثْلَهُمْ وَجَعَلَ لَهُمْ أَجَلًا لَّا رَيْبَ فِيهِ فَأَبَى ٱلظَّـٰلِمُونَ إِلَّا كُفُورًا

Transliteration awalam yaraw anna l-laha alladhī khalaqa l-samāwāti wal-arḍa qādirun ʿalā an yakhluqa mith'lahum wajaʿala lahum ajalan lā rayba fīhi fa-abā l-ẓālimūna illā kufūran

Dhivehi (އޭގެ ޖަވާބުގައި ﷲ وحي ކުރެއްވިއެވެ.) ހަމަކަށަވަރުން ﷲ އުޑުތަކާއި ބިން ހެއްދެވިކަން އެމީހުންނަށް ފަހެ ނޭނގެނީހެއްޔެވެ؟ (އެމީހުންނަށް އެކަން އެނގޭނެއެވެ.) އެފަދަ ކަންކަމަށް ކުޅަދުންވަންތަވިކަލަކަށް އެމީހުން މަރުވުމަށްފަހު އެމީހުންގެ ސިފަޔަށް އެމީހުން އަލުން ހެއްދެވުމަށް ކުޅަދުންވަންތަވެވޮޑިގެންވާނެކަން ކަށަވަރެވެ. ފަހެ އަނިޔާވެރިން (مشرك ން) ކާފަރުކަމާއި ދެކޮޅުވެރިކަން މެނުވީ އިތުރު ނުކުރެއެވެ. (އެބަހީ: އެމީހުންގެ ގޮތަކަށްވީ ކާފަރުކަމާއި ދެކޮޅުވެރިކަމެވެ.)

Verse 100

قُل لَّوْ أَنتُمْ تَمْلِكُونَ خَزَآئِنَ رَحْمَةِ رَبِّىٓ إِذًا لَّأَمْسَكْتُمْ خَشْيَةَ ٱلْإِنفَاقِ ۚ وَكَانَ ٱلْإِنسَـٰنُ قَتُورًا

Transliteration qul law antum tamlikūna khazāina raḥmati rabbī idhan la-amsaktum khashyata l-infāqi wakāna l-insānu qatūran

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ ربّ ގެ رحمة ގެ خزانة ތައް އެބަހީ: މުދަލުގެ خزانة ތައް ކަލޭމެންނަށް ملك ވީނަމަވެސް فقير ވެދާނޭކަމަށް ބިރުން ކަލޭމެން އެއިން خرد ނުކޮށް މީހަކަށް އެއްޗެއް ނުދީ ހިފެހެއްޓީހެވެ. އަދި އިންސާނާވީ بخيل މީހަކުކަމުގައެވެ.

Verse 101

وَلَقَدْ ءَاتَيْنَا مُوسَىٰ تِسْعَ ءَايَـٰتٍۭ بَيِّنَـٰتٍ ۖ فَسْـَٔلْ بَنِىٓ إِسْرَٰٓءِيلَ إِذْ جَآءَهُمْ فَقَالَ لَهُۥ فِرْعَوْنُ إِنِّى لَأَظُنُّكَ يَـٰمُوسَىٰ مَسْحُورًا

Transliteration walaqad ātaynā mūsā tis'ʿa āyātin bayyinātin fasal banī is'rāīla idh jāahum faqāla lahu fir'ʿawnu innī la-aẓunnuka yāmūsā masḥūran

Dhivehi އަދި ހަމަކަށަވަރުން موسى (عليه السّلام) އަށް ތިމަންރަސްކަލާނގެ ބަޔާންވެ ފައުޅުވެގެންވާ ނުވަ دليل އެބަހީ: ނުވަ معجزة ދެއްވީމެވެ. (އެ ނުވަ معجزة އަކީ، އެކަލޭގެފާނުންގެ عصاء ކޮޅު، އެކަލޭގެފާނުންގެ އަތްޕުޅުގެ معجزة -، طوفان، ގޮއްފުޅަނގި، އުކުނު-، ބޮއް، ލެއި، ތަދުމަޑު އަހަރުތައް-، މޭވާ މަދުކުރެއްވުން، މިއެވެ. (މީގެ ބައެއް معجزة ގައި إختلاف ހުރިނަމަވެސް މި معجزة ތަކަކީ އެންމެން ދަންނަ مشهور معجزة ތަކެވެ. والله أعلم) (އޭ رسو ﷲ އެވެ!) ކަލޭގެފާނު އެމީހުންނާއި އެބަހީ: بني إسرائيل ންނާ ސުވާލުކުރައްވާ ބައްލަވާށެވެ! އެމީހުންގެގާތަށް އެކަލޭގެފާނު - يعني: موسى عليه السّلام މިއާޔަތްތަކާއިގެން ވަޑައިގެންނެވިހިނދުން ފަހެ فرعون އެކަލޭގެފާނަށް ދެންނެވިއެވެ. އޭ موسى އެވެ! އަހުރެންނަށް ކަލެޔާމެދު ހީވަނީ ކަލެއަކީ سِحْرُ ޖެހިފައިވާ މީހަކުކަމަށެވެ. (ނުވަތަ سحر ވެރިޔަކުކަމުގައެވެ.)

Verse 102

قَالَ لَقَدْ عَلِمْتَ مَآ أَنزَلَ هَـٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ بَصَآئِرَ وَإِنِّى لَأَظُنُّكَ يَـٰفِرْعَوْنُ مَثْبُورًا

Transliteration qāla laqad ʿalim'ta mā anzala hāulāi illā rabbu l-samāwāti wal-arḍi baṣāira wa-innī la-aẓunnuka yāfir'ʿawnu mathbūran

Dhivehi އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. (އޭ فرعون އެވެ!) ހަމަކަށަވަރުން މިއާޔަތްތައް ބާވައިލެއްވީ އުޑުތަކާއި ބިމުގެ ވެރި ربّ ކަމުގައި މެނުވީ ނުވާކަން ކަލެއަށް ރަނގަޅަށް އެނގޭނެއެވެ. އެއީ ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން بيان ކޮށްދޭ، އަދި އަހުރެންގެ رسول ކަން ތެދުކަމުގެ މައްޗަށް دليل ކުރާ عبرة ން ފުރިގެންވާ دليل ތަކެކެވެ. އޭ فرعون އެވެ! އަހުރެންނަށް ހީވާގޮތުގައި (ނުވަތަ يقين ކުރާގޮތުގައި) ކަލެއަކީ ހުރިހާ ހެވަކުން ހުސްވެގެންވާ މީހެކެވެ. ގެއްލި ހަލާކުވެގެންވާ މީހެކެވެ.

Verse 103

فَأَرَادَ أَن يَسْتَفِزَّهُم مِّنَ ٱلْأَرْضِ فَأَغْرَقْنَـٰهُ وَمَن مَّعَهُۥ جَمِيعًا

Transliteration fa-arāda an yastafizzahum mina l-arḍi fa-aghraqnāhu waman maʿahu jamīʿan

Dhivehi އަދި އެބަނީއިސްރާއީލުން (مصر ގެ) ބިމުން ނެރެލައި ސިއްސުވައިލުމަށް އެ فرعون قصد ކުރިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އޭނާޔާއި އަދި އޭނާޔާއެކުގައިވާ މީސްތަކުން އެ އެންމެން ކަނޑުގައި غرق ކޮށްލީއެވެ.

Verse 104

وَقُلْنَا مِنۢ بَعْدِهِۦ لِبَنِىٓ إِسْرَٰٓءِيلَ ٱسْكُنُوا۟ ٱلْأَرْضَ فَإِذَا جَآءَ وَعْدُ ٱلْـَٔاخِرَةِ جِئْنَا بِكُمْ لَفِيفًا

Transliteration waqul'nā min baʿdihi libanī is'rāīla us'kunū l-arḍa fa-idhā jāa waʿdu l-ākhirati ji'nā bikum lafīfan

Dhivehi އަދި އޭގެފަހުގައި بني إسرائيل ންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. ކަލޭމެން (بيت المقدس ގެ) ބިމުގައި ވަޒަންވެރިވާށެވެ! ދެންފަހެ آخرة ވުމުގެ وعد ފުޅުއަތުވެއްޖެއްޔާ ތިމަންރަސްކަލާނގެ ކަލޭމެން އެންމެން (ކައްވަޅުތަކުންނެރުއްވައި) މައްސުނިކޮށް އެއްކޮށްލައްވާހުށީމެވެ.

Verse 105

وَبِٱلْحَقِّ أَنزَلْنَـٰهُ وَبِٱلْحَقِّ نَزَلَ ۗ وَمَآ أَرْسَلْنَـٰكَ إِلَّا مُبَشِّرًا وَنَذِيرًا

Transliteration wabil-ḥaqi anzalnāhu wabil-ḥaqi nazala wamā arsalnāka illā mubashiran wanadhīran

Dhivehi އަދި ތިމަންރަސްކަލާގެ އެ قرآن ބާވައިލެއްވީ حقّ އާއިގެންނެވެ. (އެއީ ﷲ ގެ أمر ފުޅުތަކާއި نهى ތަކާއި حكم ތަކާއި عدل إنصاف އާއި أخلاق އާއި ދެންވެސް އެބާވަތުގެ އެންމެހައި حقّ އަކާއިގެންނެވެ. އަދި محمّد ﷺ އާ ހަމައަށް އެ قرآن واصل ވީވެސް ހަމަ حقّ ގޮތުގައެވެ. (އަދި އޭ رسول ﷲ އެވެ!) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމާއިގެން ނުފޮނުއްވަމެވެ.

Verse 106

وَقُرْءَانًا فَرَقْنَـٰهُ لِتَقْرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكْثٍ وَنَزَّلْنَـٰهُ تَنزِيلًا

Transliteration waqur'ānan faraqnāhu litaqra-ahu ʿalā l-nāsi ʿalā muk'thin wanazzalnāhu tanzīlan

Dhivehi އަދި ތިމަންރަސްކަލާނގެ އެ قرآن بيان ކޮށްދެއްވައި حقّ އާއި باطل ވަކިކޮށްދެއްވީމެވެ. އެއީ ކަލޭގެފާނު އެ قرآن މީސްތަކުންނަށް ލަސްލަހުން تَرْتِيْلُ ކޮށް ރީތިކޮށް ކިޔަވާ ވިދާޅުވެދެއްވުމަށެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن ކަނޑައެޅިގެން އެކިފަހަރުފަހަރުމަތިން ބާވައިލެއްވީމެވެ.

Verse 107

قُلْ ءَامِنُوا۟ بِهِۦٓ أَوْ لَا تُؤْمِنُوٓا۟ ۚ إِنَّ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ مِن قَبْلِهِۦٓ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا

Transliteration qul āminū bihi aw lā tu'minū inna alladhīna ūtū l-ʿil'ma min qablihi idhā yut'lā ʿalayhim yakhirrūna lil'adhqāni sujjadan

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އެ قرآن އަށް إيمان ވާށެވެ! ނުވަތަ ކަލޭމެން إيمان ނުވާށެވެ! (އެކަމުން ﷲ ގެ رحمة ގެ خزانة އަށް އުނިއިތުރު ނުވާނެއެވެ.) ހަމަކަށަވަރުން އެ قرآن ބާވައިލެއްވުމުގެކުރީގައި علم ދެއްވުނުމީހުންގެމައްޗަށް އެ قرآن ކިޔެވިއްޖެއްޔާ އެމީހުންގެ މޫނުތައް (ﷲ އަށް) سجدة ކުރާ حال ތިރިކުރެއެވެ.

Verse 108

وَيَقُولُونَ سُبْحَـٰنَ رَبِّنَآ إِن كَانَ وَعْدُ رَبِّنَا لَمَفْعُولًا

Transliteration wayaqūlūna sub'ḥāna rabbinā in kāna waʿdu rabbinā lamafʿūlan

Dhivehi އަދި އެމީހުން ދަންނަވައެވެ. އަޅަމެންގެ ربّ ހުސް طاهر ވަންތައެވެ! ހަމަކަށަވަރުން އަޅަމެންގެ ربّ ގެ وعد އެއީ ކަނޑައެޅިގެން ވާނޭކަމެކެވެ. އެއީ ޝައްކެއްނެތްކަމެކެވެ.

Verse 109

وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا ۩

Transliteration wayakhirrūna lil'adhqāni yabkūna wayazīduhum khushūʿan

Dhivehi އަދި އެމީހުން (އެ قرآن ގައިވާ وعظ އާއި نصيحة އާއި عبرة ގެ ސަބަބުން) ރޯ حال އެމީހުންގެ މޫނުތައް ﷲ އަށް سجدة އަށް ތިރިކުރެއެވެ. އަދި އެ قرآن އެމީހުންނަށް މަޑުމޮޅިކަމާއި ބިރުވެރިކަން އިތުރުކޮށްދެއެވެ. (މިއީ يهودي ންނާއި نصارى އިންގެތެރޭގައި ތިބި ރަނގަޅު مؤمن ންގެ خبر އެކެވެ.)

Verse 110

قُلِ ٱدْعُوا۟ ٱللَّهَ أَوِ ٱدْعُوا۟ ٱلرَّحْمَـٰنَ ۖ أَيًّا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَٱبْتَغِ بَيْنَ ذَٰلِكَ سَبِيلًا

Transliteration quli id'ʿū l-laha awi id'ʿū l-raḥmāna ayyan mā tadʿū falahu l-asmāu l-ḥus'nā walā tajhar biṣalātika walā tukhāfit bihā wa-ib'taghi bayna dhālika sabīlan

Dhivehi (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ مشرك ންނޭވެ!) ކަލޭމެން ﷲ އަށް دعاء ކުރާށެވެ! ގޮވާށެވެ! ނުވަތަ ކަލޭމެން رحمن އަށް دعاء ކުރާށެވެ! ގޮވާށެވެ! އެތަނުން ކޮންމެފަރާތަކަށް ގޮވިޔަސް މައްސަލައެއްނެތެވެ. (އެއީ ދެ إله އެއްނޫނެވެ. އެއީ ހަމަ އެއްކައުވަންތަ އެއް إله އެކެވެ. އެއީ ﷲ އެވެ.) ފަހެ އެކަލާނގެއަށް އެންމެ ރިވެތިވެގެންވާ އެންމެ ފުރިހަމަ އެންމެ ކީރިތި ނަންފުޅުތައްވެއެވެ. އެންމެ ފުރިހަމަ ސިފަފުޅުތައްވެއެވެ. އޭ رسول ﷲ އެވެ! ކަލޭގެފާނު ނަމާދުފުޅުކުރައްވާއިރު މާބޮޑަށް އަޑުހަރު ނުކުރައްވާށެވެ! ނުވަތަ دعاء ކުރައްވާއިރު މާބޮޑަށް އަޑުފުޅު މަޑުވެސް ނުކުރައްވާށެވެ! މާބޮޑަށް ވަންހަނާ ނުކުރައްވާށެވެ! އަދި އެދެމެދުގެ ވަރެއް إختيارކުރައްވާށެވެ!\n• ދަންނައެވެ. މިއާޔަތް ބާވައިލެއްވުނު ސަބަބަކާއި އަދި މިއާޔަތުން މުރާދުވާ މާނަޔަކާ މެދު ވަރަށްބޮޑު إختلاف އެބަހުއްޓެވެ. އެވާހަކަތައް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. މިހެންވެ މިވާހަކަ ހަނދާންކޮށްދިނީމެވެ.

Verse 111

وَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَلَمْ يَكُن لَّهُۥ وَلِىٌّ مِّنَ ٱلذُّلِّ ۖ وَكَبِّرْهُ تَكْبِيرًۢا

Transliteration waquli l-ḥamdu lillahi alladhī lam yattakhidh waladan walam yakun lahu sharīkun fī l-mul'ki walam yakun lahu waliyyun mina l-dhuli wakabbir'hu takbīran

Dhivehi (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! އެންމެހައި تعريف އާއި ثناء އެއް خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެއަށް އެއްވެސް ދަރިކަލަކުނުވާ ކަލާނގެއެވެ. އަދި އެކަލާނގެ ވެރިކަމާއި މިލްކުގައި ބައިވެރިވާނޭ އެކަކުވެސް ނުވެއެވެ. އަދި (ދެރަމީހުންނަށް نصر ވެރިންނާއި އެހީތެރިން ބޭނުންވާގޮތަށް) އެކަލާނގެއަށް އެއްވެސް نصر ވެރިއަކު ވާގިވެރިއަކު ބޭނުންވެވޮޑިގެން ނުވެއެވެ. (އެކަލާނގެ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވެއެވެ.) އަދި ކަލޭގެފާނުންގެ عمل ފުޅާއި ބަސްފުޅުން އެކަލާނގެ عزّة ވަންތަކުރައްވައި މާތްކުރައްވާށެވެ. (އެކަލާނގެ ހައިބަވަންތަކުރައްވައި ބޮޑުކުރައްވާށެވެ.)

Read Surah Al-Isra in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.