MyDugsiStart learning

Surah Al-Bayyinah in Dhivehi: translation and audio

Surah 98 · البينة · The Clear Proof · 8 verses

Surah Al-Bayyinah verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Bayyinah word by word in English.

Verse 1

لَمْ يَكُنِ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ ٱلْبَيِّنَةُ

Transliteration lam yakuni alladhīna kafarū min ahli l-kitābi wal-mush'rikīna munfakkīna ḥattā tatiyahumu l-bayinatu

Dhivehi يَهُودي ނާއި نصارى އިން ކުރެ ކާފަރުންނާއި އަދި (މައްކާގެ) މުޝްރިކުންނާއި އެމީހުންގެ ގާތަށް ބަޔާންވެގެންވާ ޙުތްޖަތާއި ދަލީލު އަތުވެއްޖެއުމަށް ދާންދެން އެމީހުން އެތިބި ގޮތުން (ބުދަށް އަޅުކަންކުރުމުން ނުވަތަ ކާފަރު ކަމުން) ދުރުވާނޭ ބަޔަކު ކަމުގައި އަދި-އެކަން ހުއްޓާނޭ ބަޔަކު ކަމުގައި ނުވެއެވެ.

Verse 2

رَسُولٌ مِّنَ ٱللَّهِ يَتْلُوا۟ صُحُفًا مُّطَهَّرَةً

Transliteration rasūlun mina l-lahi yatlū ṣuḥufan muṭahharatan

Dhivehi އެ ހުއްޖަތަކީ / އެދަލީލަކީ ﷲގެ حضرة ން ވަޑައިގަންނަވާ ރަސޫލު ބޭކަލެކެވެ. (އެއީ محمد ﷺ އެވެ.) އެކަލޭގެފާނު طَاهر ވެގެންވާ صحف ތަކެއް އެބަހީ ދޮގާއި މަގު ފުރެދުމުން މުޅިން طَاهر ވެގެންވާ صحف ތަކެއް ކިޔަވައި ވިދާޅުވެދެއްވާނެއެވެ.

Verse 3

فِيهَا كُتُبٌ قَيِّمَةٌ

Transliteration fīhā kutubun qayyimatun

Dhivehi އެ صحف ތަކުގައި (އެފަތްފުށްތަކުގައި) ވަނީ ސީދާވެގެންވާ ގަދަحُكُمْ ތަކެކެވެ. އެއްވެސްކަހަލަ ގުދުކަމެއް އަދި އަނިޔާއެއްނެތް حُكُمْ ތަކެކެވެ.

Verse 4

وَمَا تَفَرَّقَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ إِلَّا مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَةُ

Transliteration wamā tafarraqa alladhīna ūtū l-kitāba illā min baʿdi mā jāathumu l-bayinatu

Dhivehi ހަމަކަށަވަރުން ފޮތްދެވުނުމީހުން އެބަހީ يَهُودِي އިންނާއި نَصَارَى އިން އެމީހުންގެ ގާތަށް ބަޔާންވެގެންވާދަލީލު އައުމަށްފަހުގައި މެނުވީ އެމީހުން ބައިބައިވެ ވަކިވަކިވީ ކަމުގައި ނުވެއެވެ. (ފަހެ އެމީހުން ގާތަށް ދަލީލުއައިހިދުން - އެބަހީ رَسُولُ اللهِ ﷺ ވަޑައި ގެންނެވިހިދުން އެމީހުން ބައިބައިވީއެވެ. ދެން އެމީހުންގެ ތެރޭގައިތިބީ އެކަލޭގެފާނަށް އީމާންވީމީހުންނާއި އެކަލޭގެފާނަށް ކާފަރުވީމީހުންނާއިއެވެ.)

Verse 5

وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ

Transliteration wamā umirū illā liyaʿbudū l-laha mukh'liṣīna lahu l-dīna ḥunafāa wayuqīmū l-ṣalata wayu'tū l-zakata wadhālika dīnu l-qayimati

Dhivehi އަދި އެމީހުން އެހެންހުރިހާދީނެއް ފިޔަވައި ހަމައެކަނި އިސްލާމުދީނަށް ސީދާކޮށްގެން (تَوْحِيْد އަށްސީދާކޮށްގެން) އެކަލާނގެއަށް އަޅުކަން إِخَلآص ތެރިކޮށްގެން އެމީހުން ألله އަށް އަޅުކަންކުރުމަށް މެނުވީ އެމީހުންނަށް އަމުރުވެވިގެންނުވެއެވެ. އަދިއެމީހުން ނަމާދު قَائِم ކުރުމާއި އަދިއެމީހުން ޒަކާތް ދިނުމާއި އެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ.

Verse 6

إِنَّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ فِى نَارِ جَهَنَّمَ خَـٰلِدِينَ فِيهَآ ۚ أُو۟لَـٰٓئِكَ هُمْ شَرُّ ٱلْبَرِيَّةِ

Transliteration inna alladhīna kafarū min ahli l-kitābi wal-mush'rikīna fī nāri jahannama khālidīna fīhā ulāika hum sharru l-bariyati

Dhivehi ހަމަކަށަވަރުން يَهُودي ން ނާއި نصارى އިންކުރެ ކާފަރުވީ މީހުންނާއި އަދި މުޝްރިކުންނާއި (މި މީސްމީހުން ޤިޔާމަތް ދުވަހުން ވާނީ) ޖަހަންނަމައިގެ އަލިފާނުގައެވެ. އެމީހުން އެތާ ދެމިތިބޭނެއެވެ. ކަނޑައެޅިގެން އެމީހުން އެއީ ﷲ ގެ ޚަލްޤު ތަކުންކުރެ އެންމެ ނުބައި މީހުންނެވެ.

Verse 7

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ هُمْ خَيْرُ ٱلْبَرِيَّةِ

Transliteration inna alladhīna āmanū waʿamilū l-ṣāliḥāti ulāika hum khayru l-bariyati

Dhivehi އަދި ހަމަކަށަވަރުން އީމާންވެގެން صَالح عمل ކުރި މީހުން ދަންނައެވެ. ކަނޑައެޅިގެން އެމީހުން އެއީ ﷲ ގެ ޚަލްޤު ތަކުންކުރެ އެންމެ ހެޔޮވެގެންވާ މީހުންނެވެ.

Verse 8

جَزَآؤُهُمْ عِندَ رَبِّهِمْ جَنَّـٰتُ عَدْنٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۖ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ لِمَنْ خَشِىَ رَبَّهُۥ

Transliteration jazāuhum ʿinda rabbihim jannātu ʿadnin tajrī min taḥtihā l-anhāru khālidīna fīhā abadan raḍiya l-lahu ʿanhum waraḍū ʿanhu dhālika liman khashiya rabbahu

Dhivehi އެމީހުންގެ ދަރުމަޔާއި ޘަވާބަކީ އެމީހުންގެ رب ގެ حضرةގައި އެމީހުންނަށް ހުރި ނިޢްމަތާއި ކަރާމާތެވެ. އެއީޤާއިމުވެތިބޭ އެންމެ މާތް ބަގީޗާތަކެވެ. ސުވަރުގެ ތަކެވެ. އަދި އެއީ އެތަންތާގެ ދަށުން އާރުތަށް ހިނގަހިނގާ އޮންނާނެ ސުވަރުގެތަކެވެ. އެތާނގައި އެމީހުން އަބަދާ އަބަދު ނިޢްމަތް ލިބިލިބި ތިބޭނެއެވެ. الله އެމީހުންނަށް ރުއްސަވާފައިވެއެވެ. އަދި އެމީހުން الله އަށް ރުހިގެން ވެއެވެ. އެ މަތިވެރި ބޮޑު ނިޢްމަތަކީ ތިމާ ހައްދަވާ ބޮޑުކުރެއްވި رب އަށް ބިރުވެތިވިމީހުންނަށް ޚާއްސަވެގެންވާ ނިޢްމަތާއި ކަރާމާތެވެ. ޖަޒާއެވެ.

Read Surah Al-Bayyinah in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.