MyDugsiStart learning

Surah Al-Baqarah in Dhivehi: translation and audio

Surah 2 · البقرة · The Cow · 286 verses

Surah Al-Baqarah verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Baqarah word by word in English.

Verse 1

الٓمٓ

Transliteration alif-lam-meem

Dhivehi މިއަކުރުތަކާއި ދެންވެސް ބައެއް ސޫރަތް ފެށޭތަންތާގައި ހުންނަ މިބާވަތުގެ ތަފާތު އަކުރުތަކުގެ ފުރިހަމަ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އެއީ عامّ ކޮށް ހުރިހާ علم ވެރިންގެވެސް ފުރަތަމަބަހެވެ. އެޔާއެކުވެސް އެބޭކަލުން ތަފާތު رأى ތަކާއި خيال ތައް ފާޅުކުރައްވާފައިވެއެވެ. އޭގެތެރެއިން - • قتادة ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ قرآن ގެ ނަންތަކުގެ ތެރެއިން ނަމެއްކަމަށެވެ. • مُجَاهِدُ ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ الله تَعَالى ސޫރަތް ފައްޓަވައިދޭ فَوَاتِحُ ކަމަށެވެ. އެބަހީ ފެށުންތަކެކެވެ. • عبدالرّحمن بن زَيْد ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ ސޫރަތަށްވާ ނަމެއްކަމުގައެވެ. • ابن عبّاس ވިދާޅުވިކަމަށް السّدّى ގެ އަރިހުންވާ ރިވާޔަތުގައިވަނީ އެއީ إسْمُ ﷲ الأعُظَمُ ކަމުގައެވެ. • އަދި ابن عبّاس ގެ އެހެން ރިވާޔަތެއްގައިވަނީ އެއީ ﷲ ގެ إسْمُ ފުޅެއްކަމުގައެވެ. • އަދި ابن عبّاس ގެ އެހެން ރިވާޔަތެއްގައިވަނީ އެއީ أَنَا ﷲ علمއެވެ. (އެބަހީ: ތިމަންރަސްކަލާނގެއީ ﷲ އެވެ. މޮޅަށް ދެނެވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ.) އަދި أَبُوجَعْفَرُ الطَّبَرِى އެކަލޭގެފާނުންގެ މަޝްހޫރު تفسير جَامِعُ البَيَانُ ގައި މިނޫންވެސް ބައެއް تَأْوِيلُ ބަޔާންކުރައްވާފައިވެއެވެ. • އަދި اِبْنُ كَثِيرއާއި އަދި ބައެއް ބޭކަލުން ވިދާޅުވަނީ އެއީ إعْجَازُ القرآن ގެތެރެއިންވާ ކަމެކެވެ. އެބަހީ قرآن އާއިމެދު خلق ތަކުން ނުކުޅައްދައިލުމުގެ ބާބުގެތެރެއިންވާ ކަމެކެވެ. އެހެނީ خلق ތަކުންވަނީ قرآن އާއިމެދު ނުކުޅެދިފައެވެ. (وحي ކުރައްވާކަހަލައެވެ.) قرآن މިވަނީ ކަލޭމެންވެސް ދަންނަ މިފަދަ އަކުރުތަކުން އެކުލެވިގެންނެވެ. އެހެންވީއިރު ކަލޭމެންވެސް މިފަދަ قرآن އެއް ނުވަތަ ސޫރަތެއްނަމަވެސް ގެނެސްބަލާށެވެ. މިއެވެ. ކޮންމެއަކަސް މިބާވަތުގެ އަކުރުތަކާއިމެދު ކުރެވިފައިވާ تَأْوِيل ތަކުގެ ތެރެއިން މި تَأْوِيل އާއިމެދު ވަރަށްގިނަބަޔަކު އާހޫންވެއެވެ. އެއީ ﷲ ގެ މުރާދުފުޅު ކަމުގައިވުންވެސް އެކަށީގެންވެއެވެ. والله أعلم.

Verse 2

ذَٰلِكَ ٱلْكِتَـٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ

Transliteration dhālika l-kitābu lā rayba fīhi hudan lil'muttaqīna

Dhivehi މިފޮތް (އެބަހީ: މި قرآن) ދަންނައެވެ. މިފޮތާއިމެދު އެއްވެސް ޝައްކެއްނެތެވެ. އެއީ تقوى ވެރިންނަށްވާ ތެދުމަގެކެވެ. (އެހެންބަޔަކަށްނޫނެވެ. އަދި تقوى ވެރިނޫން މީހުންނަށް މިފޮތަކީ ބިރުވެރި ފޮތެއްކަމުގައި ވާނެއެވެ.)\n• تقوىވެރިވުމަކީ: ބިރުވެތިވުމެވެ. ﷲ ގެ ކޯފާއާއި عَذَاب އަށް ބިރުގަތުމެވެ. އެކަމުން ރައްކާތެރިވުމެވެ. تقوى ވެރިކަން حاصل ވަނީ ﷲ حَرَام ކުރެއްވި ކަންތަކުން ރައްކާތެރިވެ އެކަންކަން ނުކުރުމުންނާއި އަދި އެކަލާނގެ فَرْض ކުރެއްވި ކަންތައް އަދާކުރުމުންނެވެ.

Verse 3

ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ

Transliteration alladhīna yu'minūna bil-ghaybi wayuqīmūna l-ṣalata wamimmā razaqnāhum yunfiqūna

Dhivehi އެމީހުންނަކީ: އެބަހީ: އެ تقوى ވެރިންނަކީ غَيْب އަށް އީމާންވާމީހުންނެވެ. އަދި ނަމާދު قائم ކުރާމީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށްދެއްވި رِزْقُ ން (ﷲ ގެ މަގުގައި) ހޭދަކުރާމީހުންނެވެ. (زكاة ދީ صَدَقة ދީހަދާމީހުންނެވެ.)

Verse 4

وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْـَٔاخِرَةِ هُمْ يُوقِنُونَ

Transliteration wa-alladhīna yu'minūna bimā unzila ilayka wamā unzila min qablika wabil-ākhirati hum yūqinūna

Dhivehi އަދި އެމީހުންނަކީ: ކަލޭގެފާނަށް ބާވައިލެއްވުނު ތަކެއްޗަށާއި އަދި ކަލޭގެފާނުންގެ ކުރީގެ (ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށް) ބާވައިލެއްވުނު ތަކެއްޗަށްވެސް އީމާންވާ މީހުންނެވެ. އަދި އެމީހުންނަކީ ކަނޑައެޅިގެން آخرة ދުވަސް އަންނާނެކަމަށް يقين ކުރާމީހުންނެވެ.

Verse 5

أُو۟لَـٰٓئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

Transliteration ulāika ʿalā hudan min rabbihim wa-ulāika humu l-muf'liḥūna

Dhivehi އެމީހުން ދަންނައެވެ. އެމީހުން އެވަނީ އެމީހުންގެ رَبّ ގެ حضرة ންވާ ތެދުމަގުގެ މަތީގައެވެ. އަދި އެމީހުން އެއީ ކަނޑައެޅިގެން آخرة ދުވަހުން ކާމިޔާބުވެ نصيب ވެރިވާނޭ މީހުންނެވެ. ނޯޓް: غَيْب އަކީ ލޮލަށްނުފެނުމެވެ. غَيْبُ ގެ ތަކެއްޗަކީ ލޮލަށް ނުފެންނަ ތަކެއްޗެވެ. غَيْب އަށް إيْمَان ވުމަކީ ތިމާމެންގެ ލޮލަށް ނުފެންނަތަކެތީގެ ތެރެއިން އެތަކެތި ތެދުކޮށް އެތަކެއްޗަށް إيْمَان ވުން إسلام دين ގެ ފަރާތުން لاَزِمُ ކުރާ ތަކެއްޗާއި ކަންތަކެވެ. މިސާލަކަށް ﷲ ވޮޑިގެންވުން ސުވަރުގެޔާ ނަރަކަވާކަން މަރުވުމަށްފަހު ދިރުއްވައި مَحْشَرُ ކުރެއްވުން. ދެންވެސް މިބާވަތުގެ އެންމެހައި ކަންކަމެވެ.\n• ނަމާދު ޤާއިމް ކުރުމަކީ ޝަރުތު ތަކާއި ރުކުން ތައް ފުރިހަމަކޮށް ވަގުތުން ވަގުތައް މެދުނުކަނޑައި رسول الله ﷺ އެންގެވި ގޮތަށް ކުރުމެވެ. އެހެންގޮތެއް ނޫ ނެވެ.

Verse 6

إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ

Transliteration inna alladhīna kafarū sawāon ʿalayhim a-andhartahum am lam tundhir'hum lā yu'minūna

Dhivehi ހަމަކަށަވަރުން ކާފަރުވީ މީސްތަކުން (ދަންނައެވެ!) އޭ رَسُول ﷲ އެވެ! އެމީހުންނަށް ކަލޭގެފާނު إنذار ކުރެއްވުމެކޭ އަދި ނުވަތަ އެމީހުންނަށް ކަލޭގެފާނު إِنْذَارُ ނުކުރެއްވުމެކޭ ހަމަހަމައެވެ. އެމީހުން އީމާނެއްނުވާނެއެވެ.

Verse 7

خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَـٰرِهِمْ غِشَـٰوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ

Transliteration khatama l-lahu ʿalā qulūbihim waʿalā samʿihim waʿalā abṣārihim ghishāwatun walahum ʿadhābun ʿaẓīmun

Dhivehi އެމީހުންގެ ހިތްތަކުގެމަތީގައި (އެހިތްތަކަށް ހެޔޮއެއްޗެއް ނުވިސްނޭނޭގޮތުން) ﷲ ވަނީ ސިއްކަޖައްސަވާ ބަންދުކުރައްވާފައެވެ. އަދި އެމީހުންގެ އިވުންތަކުގެ މަތީގައިވެސް އެވަނީ އެފަދައިން ބަންދުކުރައްވާފައެވެ. (އެއީ حَقُّ ތެދުއެއްޗެއް ނުއިވޭނޭގޮތުންނެވެ.) އަދި އެމީހުންގެ ލޯތަކުގެ މަތީގައި (ރަނގަޅު ތެދުގޮތް ނުފެންނާނޭގޮތުން) އެވަނީ ހުރަހެއްލައްވާފައެވެ. ނުވަތަ މަތިގަނޑެއް ޖައްސަވާފައެވެ. (قِيَامَة ދުވަހުން) ކަނޑައެޅިގެން އެމީހުންނަށް ހުރީ ބޮޑުވެގެންވާ عَذَاب އެވެ. * ދަންނައެވެ. ކީރިތި قُرْآنُ ގައި عَامّ ކޮށް ވާހަކަދެކެވިފައިވަނީ އިންސާނުން ކުރެ ތިންބައެއްގެ މައްޗަށެވެ. އެތަނުން ފުރަތަމަބަޔަކީ، تَقْوَى ވެރިންނެވެ. އެމީހުންނާބެހޭ إجمالى ވާހަކަކޮޅެއް އެވަނީ މިސޫރަތް ފެށުނުތަނުން ފަސްވަނަ އާޔަތުގެ ނިޔަލަށެވެ. مُفْلِحُونَ ވީނަތަށެވެ. * ދެވަނަބަޔަކީ ސީދާ (އޮރިޖިނަލް) ކާފަރުންނެވެ. އެމީހުންގެ ކަންތައް ހުންނަގޮތާއި އަދި އެމީހުންނަށް ހުންނާނެ عَذَاب ގެ ވާހަކައިގެ خُلاَصَة އެވަނީ ހަވަނަ އާޔަތާއި ހަތްވަނަ އާޔަތުގައެވެ. * ތިންވަނަބަޔަކީ مُنَافِقُ ންނެވެ. އަށްވަނަ އާޔަތުން އެބަހީ وَمِنَ النَّاسِ مَنْ يَقُولُ آمَنَّا بِﷲ މިތަނުން ފެށިގެން ގާތްގަނޑަކަށް ވިހިވަނަ އާޔަތުގެ ނިޔަލަށް އެވަނީ އެމީހުންނާބެހޭގޮތުން އިޖްމާލީ خُلاَصَة އެކެވެ. އެމީހުންގެ ނުރައްކާ ކަމާއިއެމީހުންގެ ދެފުށްދެގޮތްކަމުން އެމީހުންނާބެހޭ مُقَدِّمة ވެސް ދިގުކޮށްވާކަމުގައި ފެނެއެވެ. ދެން މި ތަރުޖަމާކުރާ ހިސާބުން ފެށިގެން އެވަނީ އެވާހަކަތަކެވެ.

Verse 8

وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ وَبِٱلْيَوْمِ ٱلْـَٔاخِرِ وَمَا هُم بِمُؤْمِنِينَ

Transliteration wamina l-nāsi man yaqūlu āmannā bil-lahi wabil-yawmi l-ākhiri wamā hum bimu'minīna

Dhivehi ﷲ އަށާއި آخرة ދުވަހަށް އަހުރެމެން އީމާންވެއްޖައީމުއޭ ބުނާމީހުން މީސްތަކުންގެތެރޭގައި ވެއެވެ. (އޭގެ ޖަވާބުގައި ﷲ خَبَر ދެއްވަނީ) އަދި އެމީހުން މުއުމިނުންކަމުގައިވެސް ނުވެއެވެ.

Verse 9

يُخَـٰدِعُونَ ٱللَّهَ وَٱلَّذِينَ ءَامَنُوا۟ وَمَا يَخْدَعُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ

Transliteration yukhādiʿūna l-laha wa-alladhīna āmanū wamā yakhdaʿūna illā anfusahum wamā yashʿurūna

Dhivehi އެމީހުން ﷲ އަށާއި އަދި އީމާންވެގެންވާމީހުންނަށް (އެމީހުންހިތުން) މަކަރުހަދަނީއެވެ. އޮޅުވައިލަނީއެވެ. އަދި އެމީހުން އެހަދާ މަކަރާ އޮޅުވައިލުމުގެ ގެއްލުންވަނީ ހަމައެމީހުންގެ އަމިއްލަ نفس ތަކަށެވެ. އަދި އެމީހުންނަށް އެކަން إحْسَاس ވެސް ނުކުރެވެއެވެ.

Verse 10

فِى قُلُوبِهِم مَّرَضٌ فَزَادَهُمُ ٱللَّهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْذِبُونَ

Transliteration fī qulūbihim maraḍun fazādahumu l-lahu maraḍan walahum ʿadhābun alīmun bimā kānū yakdhibūna

Dhivehi އެމީހުންގެ ހިތްތަކުގައި އެވަނީ (ﷲ އާއިމެދު ޝައްކާއި وَهُمْ ގެ) ބަލިމަޑުކަމެކެވެ. އަދި ﷲ تعالى އެމީހުންނަށް ބަލިމަޑުކަން އިތުރުކުރައްވާށިއެވެ. އަދި އެމީހުން ދޮގުހަދާކަމުގެ ސަބަބުން އެމީހުންނަށް قِيَامَة ދުވަހުންވަނީ ވޭންދެނިވި عَذَاب އެކެވެ.

Verse 11

وَإِذَا قِيلَ لَهُمْ لَا تُفْسِدُوا۟ فِى ٱلْأَرْضِ قَالُوٓا۟ إِنَّمَا نَحْنُ مُصْلِحُونَ

Transliteration wa-idhā qīla lahum lā tuf'sidū fī l-arḍi qālū innamā naḥnu muṣ'liḥūna

Dhivehi އަދި އެމީހުންނަށް ކަލޭމެން ބިމުގައި ފަސާދަނުކުރާށޭ (ﷲ އަށް އުރެދި ކާފަރުނުވާށޭ) ބުނެވިއްޖިއްޔާ އެމީހުންބުނެއެވެ. ހަމަކަށަވަރުން އަހުރެމެންނީ إصلاح ކުރާމީހުންނީމުއެވެ. (މިއީ މިޒަމާނުގެ އެމެރިކާނުންނާއި އެބާވަތުގެ އެންމެންގެ ބަސްހުންނަގޮތެވެ. އެތައް މުސްލިމުންނެއް މަރާ އެތައްތަނެއް ބަރުބާދުކުރަމުންވެސް މިއީ ޓެރަޒިޒަމްއާއި އިދިކޮޅަށްކުރާ އަދި ޓެރަރިޒަމް މަނާކުރަންކުރާ ހަނގުރާމަކަމުގައި ބުނަނީއެވެ. ތަފާތަކީ ކޮބައި ތޯއެވެ.)

Verse 12

أَلَآ إِنَّهُمْ هُمُ ٱلْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُونَ

Transliteration alā innahum humu l-muf'sidūna walākin lā yashʿurūna

Dhivehi ދަންނާށެވެ! ކަނޑައެޅިގެން އެމީހުން އެއީ ހަމަ فاسد ންނެވެ. (ﷲ ގެ އުރެދުމުގައި އުޅޭ ޓެރަރިސްޓުންނެވެ.) އަދި އެކަމަކު އެމީހުންނަކަށް އެކަންވެސް إحْسَاس ނުވެއެވެ.

Verse 13

وَإِذَا قِيلَ لَهُمْ ءَامِنُوا۟ كَمَآ ءَامَنَ ٱلنَّاسُ قَالُوٓا۟ أَنُؤْمِنُ كَمَآ ءَامَنَ ٱلسُّفَهَآءُ ۗ أَلَآ إِنَّهُمْ هُمُ ٱلسُّفَهَآءُ وَلَـٰكِن لَّا يَعْلَمُونَ

Transliteration wa-idhā qīla lahum āminū kamā āmana l-nāsu qālū anu'minu kamā āmana l-sufahāu alā innahum humu l-sufahāu walākin lā yaʿlamūna

Dhivehi އަދި މީސްތަކުން އީމާންވާގޮތަށް (މުއުމިނުތަކުން އީމާންވާގޮތަށް) ކަލޭމެން އީމާންވާށޭ އެމީހުންނަށް ބުނެވިއްޖިއްޔާ އެމީހުން ބުނެއެވެ. މޮޔަ جاهل ން އީމާންވާގޮތަށް އަހުރެމެން އީމާންވާނޭހެއްޔެވެ؟ (އެމީހުންގެ އެބަހުން މުރާދުކުރަނީ أصْحَابُ ބޭކަލުންނާއި ދެންވެސް مؤمن ންނެވެ.) ދަންނާށެވެ. މޮޔަ جاهل ނަކީ ހަމައެމީހުންނެވެ. އަދި އެކަމަކު އެމީހުންނަކަށް އެގޮތެއްނޭގެއެވެ.

Verse 14

وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ إِلَىٰ شَيَـٰطِينِهِمْ قَالُوٓا۟ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِءُونَ

Transliteration wa-idhā laqū alladhīna āmanū qālū āmannā wa-idhā khalaw ilā shayāṭīnihim qālū innā maʿakum innamā naḥnu mus'tahziūna

Dhivehi އަދި އީމާންވީމީހުންނާއި އެމީހުން ބައްދަލުވެއްޖެއްޔާ އެމީހުން ބުނެއެވެ. އަހުރެމެން އީމާންވެއްޖައީމުއެވެ. އަދި އެމީހުންކަހަލަ އެހެން شَيْطَانُ ންނާއެކު އެމީހުން އެކަނިވެއްޖެއްޔާ އެމީހުން ބުނެއެވެ. ހަމަކަށަވަރުން އަހުރެމެންވަނީ ކަލޭމެންނާއެކުގައެވެ. (އަދި އަހުރެމެން މުއުމިނުންނާ ވާހަކަދައްކައިލީ) ހަމަކަށަވަރުން އެމީހުންނަށް މަލާމާތް ކުރުމުގެ ގޮތުންނެވެ.

Verse 15

ٱللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ

Transliteration al-lahu yastahzi-u bihim wayamudduhum fī ṭugh'yānihim yaʿmahūna

Dhivehi ﷲ އެމީހުންނަށް މަލާމާތްކުރައްވައެވެ. އަދި އެމީހުންގެ އެމަގުފުރެދުމުގައި ދެފުށުއެޅިއެޅިތިބޭ حَالُ އަނދިރިކުރައްވާފައި އެކަލާނގެ އެމީހުން ބައިތިއްބަވައެވެ. * ދަންނައެވެ! ﷲގެ މަލާމާތްކުރެއްވުން އޮންނާނީ އެކަލާނގެ مُقَدَّس ذَات ފުޅާއި އެކަށީގެންވާގޮތުގެމަތީންނެވެ. އަދި ބައެއް مُفَسِّرُ ވިދާޅުވަނީ އޭގެ މާނައަކީ އެމީހުންކުރާ މަލާމާތަށް އެކަލާނގެ އެމީހުންނަށް އެކަމުގެ حَقّ އަދަބުދެއްވާނެ ވާހަކަ ކަމުގައެވެ. - والله أعلم.

Verse 16

أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَـٰلَةَ بِٱلْهُدَىٰ فَمَا رَبِحَت تِّجَـٰرَتُهُمْ وَمَا كَانُوا۟ مُهْتَدِينَ

Transliteration ulāika alladhīna ish'tarawū l-ḍalālata bil-hudā famā rabiḥat tijāratuhum wamā kānū muh'tadīna

Dhivehi އެމީހުންނަކީ ތެދުމަގުދީފައި މަގުފުރެދުންގަތް ބައެކެވެ. ތެދުމަގުގެ ބަދަލުގައި މަގުފުރެދުން إخْتِيَارُ ކުރި ބައެކެވެ. އަދި އެމީހުން އެކުރި ވިޔާފާރީގައި އެމީހުންނަކަށް ނަފާއެއް ނުކުރިއެވެ. އަދި ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައި އެމީހުންނެއް ނުވިއެވެ.

Verse 17

مَثَلُهُمْ كَمَثَلِ ٱلَّذِى ٱسْتَوْقَدَ نَارًا فَلَمَّآ أَضَآءَتْ مَا حَوْلَهُۥ ذَهَبَ ٱللَّهُ بِنُورِهِمْ وَتَرَكَهُمْ فِى ظُلُمَـٰتٍ لَّا يُبْصِرُونَ

Transliteration mathaluhum kamathali alladhī is'tawqada nāran falammā aḍāat mā ḥawlahu dhahaba l-lahu binūrihim watarakahum fī ẓulumātin lā yub'ṣirūna

Dhivehi އެމީހުންގެ މިސާލަކީ އަލިފާންގަނޑެއް އެންދިމީހެއްގެ މިސާލެވެ. ފަހެ އެއަލިފާންގަނޑު ރޯވެ އެމީހާގެ ވަށައިގެންވާތަން އަލިކޮށްލިހިނދުން (އޭގެ އަލިގަދަކަމުން) ﷲ تعالى އެމީހުންގެ ލޮލުގެ އަލިކަން ގެންދަވައިފިއެވެ. އަދި އަނދިރިތަކެއްގައި ނުފެންނަގޮތަށް އެކަލާނގެ އެމީހުން ދޫކުރައްވައިފިއެވެ. އަނދިރީގައި ބައިތިއްބަވައިފިއެވެ.\nزُبْدَةُ التَّفْسِيرُ ގައި إبنُ مَسْعُودُ އާއި އަދިވެސް ބައެއް آصحاب ބޭކަލުންގެ އަރިހުން ރިވާވެގެންވެއެވެ. نَبي ﷺ މަދީނާއަށް ވަޑައިގެންނެވުމާއި ގުޅިގެން ބަޔަކުމީހުން އިސްލާމްވިއެވެ. ދެން އޭގެ ފަހުގައި مُنَافِقُ ވީއެވެ. އެމީހުންގެ މިސާލެއްކަމުގައިވަނީ އަލިފާންގަނޑެއް ރޯކޮށް އެންދިމީހެއްގެ މިސާލެވެ. އަލިފާންގަނޑު އަލިކޮށްލުމުން އޭނާގެ ވަށައިގެންވާ ހުރިހާ ނުރައްކަލަކާ އުނދަގުލެއްފެނުނެވެ. އަދި ސަލާމަތްވާން ދާނެގޮތްވެސް އެނގުނެވެ. އެހެން ހުއްޓާ އަލިފާންގަނޑު ނިވުމުން ދެން ރައްކާތެރިވާން ދާނެ ނުދާނެތަނެއް ނޭނގޭކަމުގައިވިއެވެ. مُنَافِقُ ންވެސް އެފަދައެވެ. އޭނާވެސް ހުރީ شِرْكُ ގެ އަނދިރީގައެވެ. ދެން އިސްލާމްވުމުން حَلاَل އާއި حَرَام އަދި ހެވާއި ނުބައި އެނގި އޮޅުންފިލައްޖެއެވެ. ދެންއޭގެފަހުގައި އޭނާ ކާފަރުވީއެވެ. (އެތެރެފުށުން ކާފަރުކަން إخْتِيَارُ ކުރީއެވެ.)

Verse 18

صُمٌّۢ بُكْمٌ عُمْىٌ فَهُمْ لَا يَرْجِعُونَ

Transliteration ṣummun buk'mun ʿum'yun fahum lā yarjiʿūna

Dhivehi އެމީހުންނަކީ ބީރު މަންމަން އަދި ކަނުބައެކެވެ. އެމީހުން އެތިބިގޮތްނޫން އެހެންގޮތަކަށް އެނބުރި رُجُوع ނުވާނެއެވެ. (مُنَافِقُ ންނަކީ އެކަހަލަ ބައެކެވެ. ހެޔޮބަހެއް ނާހާނެއެވެ. حَقُّ ތެދުބަހެއް ނުބުނާނެއެވެ. ތެދު حقيقة ގެފަހުގައި އަލުންވެސް حَلاَل އެއް حَرَام އެއް އޮޅުންނުފިލާ ބަޔަކުކަމުގައި އެމީހުން ވެއްޖެއެވެ. والله أعلم.)

Verse 19

أَوْ كَصَيِّبٍ مِّنَ ٱلسَّمَآءِ فِيهِ ظُلُمَـٰتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصَـٰبِعَهُمْ فِىٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلْمَوْتِ ۚ وَٱللَّهُ مُحِيطٌۢ بِٱلْكَـٰفِرِينَ

Transliteration aw kaṣayyibin mina l-samāi fīhi ẓulumātun waraʿdun wabarqun yajʿalūna aṣābiʿahum fī ādhānihim mina l-ṣawāʿiqi ḥadhara l-mawti wal-lahu muḥīṭun bil-kāfirīna

Dhivehi ނުވަތަ (އެމީހުންގެ މިސާލަކީ) އުޑުންއައި ވާރޭވިލާގަނޑެއްގެ މިސާލެވެ. އެވިލާގަނޑުގައި އަނދިރިކަމާއި ގުގުރިޔާ ވިދުވަރުވެއެވެ. އަދި ގުގުރީގެ އަޑުގަދަކަމުން މަރުވެދާނެކަމުގެ ބިރަށް އެމީހުން އެމީހުންގެ ކަންފަތްތަކުގެ މަތީގައި އެމީހުންގެ އިނގިލިތައް އަޅަނީއެވެ. އަދި ﷲ އީ ކާފަރުންގެ ވަށައިގެންވާ ކަލާނގެއެވެ. (އެބަހީ އެމީހުންގެ ހުރިހާކަމެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ.)

Verse 20

يَكَادُ ٱلْبَرْقُ يَخْطَفُ أَبْصَـٰرَهُمْ ۖ كُلَّمَآ أَضَآءَ لَهُم مَّشَوْا۟ فِيهِ وَإِذَآ أَظْلَمَ عَلَيْهِمْ قَامُوا۟ ۚ وَلَوْ شَآءَ ٱللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَـٰرِهِمْ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration yakādu l-barqu yakhṭafu abṣārahum kullamā aḍāa lahum mashaw fīhi wa-idhā aẓlama ʿalayhim qāmū walaw shāa l-lahu ladhahaba bisamʿihim wa-abṣārihim inna l-laha ʿalā kulli shayin qadīrun

Dhivehi ވިދުވަރުގެ ގަދަކަމުން އެމީހުންގެ ލޮލުގެ އަލިކަން ޖަހައިގަތުން ގާތްވެގެންވެއެވެ. އަދި އަލިވެގަންނަ ކޮންމެހިނދެއްގައި އެއަލިކަމުގެތެރޭގައި ހިނގައިގަނެއެވެ. (އަދި ވިދައިގަތުންގޮސް) އަނދިރިވެގަތީމާ (ދާންނޭނގިގެން) ހުއްޓިތިބެއެވެ. އަދި ﷲ އިރާދަކުރެއްވިނަމަ އެމީހުންގެ އިވުމާއި ފެނުންވެސް އެކަލާނގެ ގެންދަވައިފީހެވެ. ހަމަކަށަވަރުން ﷲ تعالىއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ. (މިއީވެސް މިސާލެކެވެ. މިމިސާލު ތަރުޖަމާ ކުރެއްވި ބައެއްބޭކަލުން ވިދާޅުވަނީ: އުޑުންވެހުނު ވާރޭވިލާގަނޑަކީ ﷲ ބާވައިލެއްވި ކީރިތި قرآن އެވެ. އޭގައިހުރި އަނދިރިކަމާއި ގުގުރިޔާ ވިދުވަރަކީ، مُنَافِقُ ންނާއި ބެހޭގޮތުން އައިސްފައިވާ ބިރުވެރި خَبَرُ ތަކާއި އެމީހުންނަށްހުރި ﷲ ގެ ކޯފާއާއި عَذَاب އެވެ. އެހެންވެ އެއަޑުނާހާންވެގެން އެމީހުންގެކަންފަތްތަކުގައި އިނގިލިއަޅަނީއެވެ. ހޮނުގުގުރިޔަށްވުރެ އޭގެ އަޑު އެމީހުންނަށް މާބިރުވެރިއެވެ. އަދި ވިދައިގަންނަހިނދު އެމީހުންގެ ލޯތައް ޖަހައިގަންނަން ގާތްވާކަމުގެ ވާހަކައަކީ مُنَافِقُ ންނާބެހޭގޮތުން قرآن ގައިވާ مُحْكَمُ އާޔަތްތަކުން އެމީހުން فضيحة ވެ ބޭޒާރުވަމުންދާލެއް ބާރުކަމުން ލޯހުޅުވާ ބަލައިލަންވެސް ނުކެރޭހާވަރުވާ ވާހަކައެވެ. އަދި އަލިވާ ކޮންމެހިނދެއްގައި ހިނގައިގަނެއޭ އޮތްބަސްފުޅުން މުރާދުކުރައްވަނީ އެމީހުންގެ (އެބަހީ: އިސްލާމުންގެ) މުދަލާއި ދަރިންގިނަވެ އިސްލާމުންނަށް فتح އާއި غَنِيْمَة މުދާގިނަވީމާބުނެއެވެ. އާނ مُحَمَّد ގެފާނުންގެ ދީންތެދެވެ. ދެން އޭގެފަހަތުން ދެއެވެ. އަދި އަނދިރިވީމާ ހުއްޓިތިބޭކަމުގެ މުރާދުކުރައްވަނީ އެމީހުންގެ މުދަލާއި ދަރީންމަދުވެ އުނދަގުލާއި مُصِيْبَة ޖެހުނީމާ ބުނެއެވެ. މިއީ مُحَمَّدގެފާނުންގެ دِيْنُ ގެ ސަބަބުންނެވެ. ދެން މުރުތައްދުވެ ކާފަރުކަންމަތީ قَائم ވެތިބެއެވެ. މިއެވެ. زُبْدَةُ التفسير ގައި މި ތަރުޖަމާ ބަޔާންވެގެންވެއެވެ.)

Verse 21

يَـٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

Transliteration yāayyuhā l-nāsu uʿ'budū rabbakumu alladhī khalaqakum wa-alladhīna min qablikum laʿallakum tattaqūna

Dhivehi އޭ މީސްތަކުންނޭވެ! ކަލޭމެންނާއި އަދި ކަލޭމެންގެ ކުރީގެ މީސްތަކުންވެސް ހެއްދެވި ކަލޭމެންގެ رَبّ އަށް ކަލޭމެން އަޅުކަންކުރާށެވެ! އެއީ ކަލޭމެން تقوى ވެރިވުމަށްޓަކައެވެ. / ތަޤްވާވެރިވުމުގެ އުއްމީދުގައެވެ.

Verse 22

ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ

Transliteration alladhī jaʿala lakumu l-arḍa firāshan wal-samāa bināan wa-anzala mina l-samāi māan fa-akhraja bihi mina l-thamarāti riz'qan lakum falā tajʿalū lillahi andādan wa-antum taʿlamūna

Dhivehi އެކަލާނގެއީ ކަލޭމެންނަށްޓަކައި ބިންގަނޑު ތަންމައްޗެއްކަމުގައި އަދި އުޑު އެއީ ބިނާއެއްކަމުގައި ލެއްވި ކަލާނގެއެވެ. އަދި އުޑުން އެކަލާނގެ ފެންބާވައިލެއްވިއެވެ. ވެއްސެވިއެވެ. އަދި އެފެނުން ކަލޭމެނަށްވާ رِزْق އެއްގެގޮތުން އެކަލާނގެ މޭވާގެ ބާވަތްތައް (ގަސްގަހާގެހީގެތަކެތި) ނެރުއްވިއެވެ. ފަހެ އެހެންވެ ކަލޭމެން ﷲ އަށް شريك ންތަކެއް، ބައިވެރިންތަކެއް ކަލޭމެން ރަނގަޅަށް ދެނެތިބި حال ބައިވެރިކޮށް ނުހަދާށެވެ! ބައިވެރިނުކުރާށެވެ! إختيار ނުކުރާށެވެ!

Verse 23

وَإِن كُنتُمْ فِى رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا۟ بِسُورَةٍ مِّن مِّثْلِهِۦ وَٱدْعُوا۟ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ

Transliteration wa-in kuntum fī raybin mimmā nazzalnā ʿalā ʿabdinā fatū bisūratin min mith'lihi wa-id'ʿū shuhadāakum min dūni l-lahi in kuntum ṣādiqīna

Dhivehi އަދި ތިމަންރަސްކަލާނގެއަޅާ (محمّد ﷺ) ގެ މައްޗަށް ތިމަންރަސްކަލާނގެ ބާވައިލައްވާ ތަކެއްޗާމެދު ކަލޭމެން ޝައްކެއްގައިވަންޏާ ފަހެ ކަލޭމެން އެފަދަ އެންމެ ސޫރަތެއްވެސް ނިކަން ގެނަސްބަލާށެވެ! ހަދައިބަލާށެވެ! އަދި އެކަމުގައި ﷲ ފިޔަވައި ކަލޭމެނަށް އެހީތެރިވާނޭ އެހީތެރިންނަށް ގޮވައި ގެންނާށެވެ! ކަލޭމެންނީ ތެދުވެރިންކަމުގައިވަންޏާ ނިކަން އެފަދަ އެންމެ\nސޫރަތެއްނަމަވެސް ހަދައިބަލާށެވެ!

Verse 24

فَإِن لَّمْ تَفْعَلُوا۟ وَلَن تَفْعَلُوا۟ فَٱتَّقُوا۟ ٱلنَّارَ ٱلَّتِى وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ ۖ أُعِدَّتْ لِلْكَـٰفِرِينَ

Transliteration fa-in lam tafʿalū walan tafʿalū fa-ittaqū l-nāra allatī waqūduhā l-nāsu wal-ḥijāratu uʿiddat lil'kāfirīna

Dhivehi ފަހެ ކަލޭމެން އެކަން ނުކުރިއްޔާ ދެން އަދި ކިއެއްހެއްޔެވެ! އެކަން ކަލޭމެނަށް ނުވެސްކުރެވޭނެއެވެ. އެހެންވީއިރު ދެން ކަލޭމެން ނަރަކައަށް ބިރުވެތިވާށެވެ! އެނަރަކައިގެ ދަރަކީ މީސްތަކުންނާއި ހިލައެވެ. އެތަން ތައްޔާރުކުރެވިގެންވަނީ ކާފަރުންނަށެވެ. (ޤުރްއާނާއި محمّد ﷺ އަށް އީމާންނުވާ މީހުންނީ ކާފަރުންނެވެ.)

Verse 25

وَبَشِّرِ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ كُلَّمَا رُزِقُوا۟ مِنْهَا مِن ثَمَرَةٍ رِّزْقًا ۙ قَالُوا۟ هَـٰذَا ٱلَّذِى رُزِقْنَا مِن قَبْلُ ۖ وَأُتُوا۟ بِهِۦ مُتَشَـٰبِهًا ۖ وَلَهُمْ فِيهَآ أَزْوَٰجٌ مُّطَهَّرَةٌ ۖ وَهُمْ فِيهَا خَـٰلِدُونَ

Transliteration wabashiri alladhīna āmanū waʿamilū l-ṣāliḥāti anna lahum jannātin tajrī min taḥtihā l-anhāru kullamā ruziqū min'hā min thamaratin riz'qan qālū hādhā alladhī ruziq'nā min qablu wa-utū bihi mutashābihan walahum fīhā azwājun muṭahharatun wahum fīhā khālidūna

Dhivehi އަދި (އޭ ރަސޫލު ﷲ އެވެ!) އީމާންވެގެން صَالِحُ عمل ކުރި މީސްތަކުންނަށް ހަމަކަށަވަރުން އެތަންތާނގެ ދަށުން އާރުތައްދެމޭ ބަގީޗާތަކެއް (ސުވަރުގެތަކެއް) ހުރިކަމުގައި ކަލޭގެފާނު އެމީހުންނަށް އުފާވެރި خَبَرُ ދެއްވާށެވެ. އެތަނުން އެމީހުންނަށް މޭވާގެ رِزْق އެއް ލިބިއްޖެ ކޮންމެހިނދެއްގައި އެމީހުން ބުނާނެއެވެ. މިއެއްޗަކީ މީގެކުރީންވެސް (ދުނިޔޭގައިވެސް) އަހުރެމެންނަށް ލިބުނު އެއްޗެއްސެވެ. އަދި އެމީހުންނަށް އެތަނުގައި އެއްކަހަލަ / ނުވަތަ ތަފާތު މޭވާ ދެއްވޭނެއެވެ. (އެބަހީ: ވައްތަރާއި ސިފަ ދުނިޔޭގައިހުރިތަކެއްޗާއި އެއްގޮތްނަމަވެސް ރަހަޔާއި ތާސީރު މުޅިންތަފާތު ތަކެއްޗެވެ.) އަދި އެމީހުންނަށް އެތާނގައި طَاهِرُ ވެގެންވާ އަނބީންތައްވެއެވެ. އަދި އެމީހުން އެތާ ދެމިތިބޭހުއްޓެވެ.

Verse 26

۞ إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۖ وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًا ۘ يُضِلُّ بِهِۦ كَثِيرًا وَيَهْدِى بِهِۦ كَثِيرًا ۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَـٰسِقِينَ

Transliteration inna l-laha lā yastaḥyī an yaḍriba mathalan mā baʿūḍatan famā fawqahā fa-ammā alladhīna āmanū fayaʿlamūna annahu l-ḥaqu min rabbihim wa-ammā alladhīna kafarū fayaqūlūna mādhā arāda l-lahu bihādhā mathalan yuḍillu bihi kathīran wayahdī bihi kathīran wamā yuḍillu bihi illā l-fāsiqīna

Dhivehi ހަމަކަށަވަރުން މަދިރިއަކުންވިޔަސް އަދި ނުވަތަ އެއަށްވުރެ ކުޑައެއްޗަކުންވިޔަސް ނުވަތަ އެއަށްވުރެން ބޮޑުއެއްޗަކުންވިޔަސް އެއްވެސް މިސާލެއް ޖެއްސެވުމަށް ﷲ ލަދުވެތިވެވޮޑިގެންނުވެއެވެ. ފަހެ އީމާންވީ މީސްތަކުންނަށް ﷲ އެޖެއްސެވި މިސާލު އެއީ ހަމަ حَقُّ ތެދު މިސާލެއްކަން ރަނގަޅަށް ދަންނާނެއެވެ. އެނގޭނެއެވެ. އެމީހުންގެ رَبّ ގެ حَضْرَتُ ންވާ حَقُّ ކަން ދަންނާށެވެ! އަދި ކާފަރުވީ މީސްތަކުން ދަންނައެވެ! ފަހެ އެމީހުންބުނާނެއެވެ. މިމިސާލުން ދެން ﷲ تعالى އެދިވޮޑިގަންނަވަނީ ކޮންކަމެއްބާވައެވެ؟ - އެމިސާލުން ﷲ تعالى ގިނަބަޔަކު މަގުފުރައްދަވައެވެ. އަދި އެމިސާލުގެ ސަބަބުން އެކަލާނގެ އެތައްބަޔަކަށް ތެދުމަގުދައްކަވައެވެ. އަދި ﷲ ގެ ކިޔަމަނުން ނުކުމެވެގެންވާ فَاسِقُ ންމެނުވީ އޭގެސަބަބުން އެކަލާނގެ މަގުނުފުރައްދަވައެވެ. • ދަންނައެވެ! މިއާޔަތުގައި މަދިރިއެއްގެ މިސާލުޖައްސަވައި އެޔާބެހޭ ވާހަކަ ދައްކަވާފައިވަނީ مُنَافِقُ ންނާއި މެދުގައިކަމަށް ބައެއް مُفَسِّرُ ން ވިދާޅުވެއެވެ. މަދިރިވެސް ދުނިޔޭގައިދިރިއުޅެނީ އޭތި ބަނޑުބޮޑުވާންދެން ކަމުގައިވެއެވެ. ބަނޑުބޮޑުވެ ފަލަވީމާ ދެން މަރުވަނީއެވެ. قُرْآنގައިމިސާލު ޖައްސަވާފައިމިވާ މީހުން އެބަހީ مُنَافِقُ ންވެސް ދުނިޔޭގައިތިބެ ދެއްކުމަށް ކަންތައްތައްކޮށް އެގޮތުން ފުރުނީމާ ﷲ تعالى އެމީހުން ހިއްޕަވައެވެ. މިއެވެ. (تفسير طبري)

Verse 27

ٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَـٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۚ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ

Transliteration alladhīna yanquḍūna ʿahda l-lahi min baʿdi mīthāqihi wayaqṭaʿūna mā amara l-lahu bihi an yūṣala wayuf'sidūna fī l-arḍi ulāika humu l-khāsirūna

Dhivehi އެމީހުންނަކީ ﷲ ގެ عَهْدُ ގަދަކޮށް ކަށަވަރުކޮށް އެއްބަސްވުމަށްފަހު އުވައިލާމީހުންނެވެ. (އެ عَهْدُ އަކީ ކިޔަމަންތެރިކަމާއި تَبَعَ ވުން لازم ކޮށް ހިފެހެއްޓުމެވެ.) އަދި އެކަމެއް ގުޅުވާދެމެހެއްޓުމަށް ﷲ تعالى އަމުރުކުރައްވާފައިވާ ކަންތައް އުވާލާމީހުންނެވެ. (ގުޅުވާދަމަހެއްޓުމަށް އަމުރުކުރެއްވިކަމަކީ ގާތްތިމާގެކަމާއި رَحم އެވެ.) އަދި އެމީހުން ބިންގަނޑު فاسد ކޮށް ހަދަނީއެވެ. (އެއީ ﷲ އަށް ކާފަރުވެ އެކަލާނގެއަށް އުރެދި ރަސޫލުންދޮގުކޮށް އިންކާރުކޮށްހެދުމެވެ.) ކަނޑައެޅިގެން އެފަދަމީހުން އެއީ ގެއްލިހަލާކުވެގެންވާ މީހުންނެވެ.

Verse 28

كَيْفَ تَكْفُرُونَ بِٱللَّهِ وَكُنتُمْ أَمْوَٰتًا فَأَحْيَـٰكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ

Transliteration kayfa takfurūna bil-lahi wakuntum amwātan fa-aḥyākum thumma yumītukum thumma yuḥ'yīkum thumma ilayhi tur'jaʿūna

Dhivehi ﷲ އަށް ކަލޭމެން ކާފަރުވުން ޙައްޤުވާނީ ކޮންފަދައަކުންހެއްޔެވެ. ކަލޭމެންވީ (ފުރަތަމަ) މަރުވެފައިތިބި ބަޔަކުކަމުގައެވެ. ދެން އެކަލާނގެ ކަލޭމެން ދިރުއްވިއެވެ. ދެން އެކަލާނގެ ކަލޭމެން މަރުއްވައެވެ. ދެން އެކަލާނގެ (އަލުން قِيَامَة ދުވަހަށް) ކަލޭމެން ދިރުއްވާނެއެވެ. ދެން ކަލޭމެން رُجُوعَ ކުރައްވާނީވެސް ހަމައެކަލާނގެ حضرة އަށެވެ.

Verse 29

هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًا ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سَمَـٰوَٰتٍ ۚ وَهُوَ بِكُلِّ شَىْءٍ عَلِيمٌ

Transliteration huwa alladhī khalaqa lakum mā fī l-arḍi jamīʿan thumma is'tawā ilā l-samāi fasawwāhunna sabʿa samāwātin wahuwa bikulli shayin ʿalīmun

Dhivehi ކަލޭމެންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވީވެސް ހަމައެކަލާނގެއެވެ. ދެން އުޑަށް އެކަލާނގެ اِسْتِوَاى ވެވޮޑިގެންނެވިއެވެ. (މަތިވެރިވެވޮޑިގެންނެވިއެވެ.) ދެން އެއުޑުތައް ހަތްއުޑުކަމުގައި ހައްދަވާ އެކަލާނގެ ހަމަޖެއްސެވިއެވެ. އަދި ހުރިހާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ.

Verse 30

وَإِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى جَاعِلٌ فِى ٱلْأَرْضِ خَلِيفَةً ۖ قَالُوٓا۟ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ ٱلدِّمَآءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّىٓ أَعْلَمُ مَا لَا تَعْلَمُونَ

Transliteration wa-idh qāla rabbuka lil'malāikati innī jāʿilun fī l-arḍi khalīfatan qālū atajʿalu fīhā man yuf'sidu fīhā wayasfiku l-dimāa wanaḥnu nusabbiḥu biḥamdika wanuqaddisu laka qāla innī aʿlamu mā lā taʿlamūna

Dhivehi (އޭ رَسُوْلُ ﷲ އެވެ!) އަދި مَلاَئِكَة ބޭކަލުންނަށް ކަލޭގެފާނުންގެ رَبّ وَحِي ކުރެއްވިހިނދު ހަނދުމަފުޅުކުރައްވާށެވެ. އެކަލާނގެ وَحِي ކުރެއްވިއެވެ. ތިމަންރަސްކަލާނގެއީ ބިމުގައި خَلِيْفَة އަކު ލައްވާނޭ ކަލަކީމެވެ. އެބޭކަލުން ދެންނެވިއެވެ. އެބިމުގައި އެތަން فاسد ކޮށް އެތާގައި ލެއި އޮހޮރުވާނޭމީހަކު އިބަރަސްކަލާނގެ އެތަނަށް ލައްވަނީތޯއެވެ؟ އަދި އަޅަމެން އިބަރަސްކަލާނގެއަށް تسبيح ދަންނަވައި حَمْدُ تعريف ކޮށް އަދި އެންމެހައި عَيْبُ އާއި އުނިކަމަކުން طاهر ކޮށް އިބަރަސްކަލާނގެ تقديس ކުރަމުއެވެ. އެކަލާނގެ وَحِي ކުރެއްވިއެވެ. ތިޔަބޭކަލުންނަށް ނޭނގޭތަކެތި ތިމަންރަސްކަލާނގެ ދެނެވޮޑިގަތުންބޮޑެވެ.

Verse 31

وَعَلَّمَ ءَادَمَ ٱلْأَسْمَآءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى ٱلْمَلَـٰٓئِكَةِ فَقَالَ أَنۢبِـُٔونِى بِأَسْمَآءِ هَـٰٓؤُلَآءِ إِن كُنتُمْ صَـٰدِقِينَ

Transliteration waʿallama ādama l-asmāa kullahā thumma ʿaraḍahum ʿalā l-malāikati faqāla anbiūnī bi-asmāi hāulāi in kuntum ṣādiqīna

Dhivehi އަދި آدم (عليه السّلام) އަށް އެންމެހައިތަކެތީގެ ނަންތައް އެކަލާނގެ އުގަންނަވައިދެއްވައިފިއެވެ. ދެން އެނަންތައް (ކިޔައިދެއްވާ بَيَان ކޮށްދެއްވުމަށް) مَلاَئِكَة ބޭކަލުންނަށް އެކަލާނގެ ހުށަހަޅުއްވައިފިއެވެ. އަދި وَحِي ކުރެއްވިއެވެ. ތިޔަބޭކަލުން ތެދުވެރިންގެތެރެއިން ވަންޏާ އެތަކެތީގެ ނަންތައް ތިޔަބޭކަލުން ތިމަންރަސްކަލާނގެއަށް ކިޔައިދޭށެވެ! އެތަކެތީގެ خَبر ދީބަލާށެވެ!

Verse 32

قَالُوا۟ سُبْحَـٰنَكَ لَا عِلْمَ لَنَآ إِلَّا مَا عَلَّمْتَنَآ ۖ إِنَّكَ أَنتَ ٱلْعَلِيمُ ٱلْحَكِيمُ

Transliteration qālū sub'ḥānaka lā ʿil'ma lanā illā mā ʿallamtanā innaka anta l-ʿalīmu l-ḥakīmu

Dhivehi އެބޭކަލުން ދެންނެވިއެވެ. އިބަރަސްކަލާނގެ ހުސް طَاهِر ވަންތައެވެ. އިބަރަސްކަލާނގެ އަޅަމެނަށް އުނގަންނަވައިދެއްވިއެއްޗެއްމެނުވީ އަޅަމެންނަށް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ދެނެވޮޑިގެންވާ حكمة ވަންތަކަލާނގެއެވެ.

Verse 33

قَالَ يَـٰٓـَٔادَمُ أَنۢبِئْهُم بِأَسْمَآئِهِمْ ۖ فَلَمَّآ أَنۢبَأَهُم بِأَسْمَآئِهِمْ قَالَ أَلَمْ أَقُل لَّكُمْ إِنِّىٓ أَعْلَمُ غَيْبَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنتُمْ تَكْتُمُونَ

Transliteration qāla yāādamu anbi'hum bi-asmāihim falammā anba-ahum bi-asmāihim qāla alam aqul lakum innī aʿlamu ghayba l-samāwāti wal-arḍi wa-aʿlamu mā tub'dūna wamā kuntum taktumūna

Dhivehi އެކަލާނގެ وَحِي ކުރެއްވިއެވެ. އޭ آدم އެވެ. ކަލޭގެފާނު އެބޭކަލުންނަށް އެތަކެތީގެ ނަންތަކުގެ خَبَر ދެއްވާށެވެ! (ދެން އެކަލޭގެފާނު އެބޭކަލުންނަށް އެތަކެތީގެ خبر ދެއްވައިފިއެވެ.) ފަހެ އެކަލޭގެފާނު އެބޭކަލުންނަށް އެތަކެތީގެ خبر ދެއްވިހިނދު އެކަލާނގެ وَحِي ކުރެއްވިއެވެ. އުޑުތަކާއި ބިމުގެ غَيْبُ ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަމުގައި ތިޔަބޭކަލުންނަށް ތިމަންރަސްކަލާނގެ وَحِي ނުކުރައްވަންހެއްޔެވެ؟ (އެބަހީ އެކަން وَحِي ކުރެއްވީމެވެ.) އަދި ކަލޭމެން ފާޅުކުރާތަކެއްޗާއި އަދި ކަލޭމެން ވަންހަނާކުރާކަމުގައި ވީތަކެތިވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑުވެގެންވެއެވެ.

Verse 34

وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ وَٱسْتَكْبَرَ وَكَانَ مِنَ ٱلْكَـٰفِرِينَ

Transliteration wa-idh qul'nā lil'malāikati us'judū liādama fasajadū illā ib'līsa abā wa-is'takbara wakāna mina l-kāfirīna

Dhivehi އަދި ތިމަންރަސްކަލާނގެ آدم (عليه السّلام) އަށް ތިޔަބޭކަލުން سَجِدَة ކުރައްވާށޭ. مَلاَئِكَة ބޭކަލުންނަށް وَحِي ކުރެއްވިހިނދު ފަހެ إبْلِيس މެނުވީ އެހެން ހުރިހާ ބޭކަލުން سَجِدَة ކުރެއްވިއެވެ. އަދި އެ إبْلِيس އެކަމުން މަނާވެ ބޮޑާވެގެންފިއެވެ. އަދި އޭނާވީ ކާފަރުންގެތެރެއިންނެވެ. (އުރެދުނުމީހުންގެ ތެރެއިންނެވެ.)\n• ދަންނައެވެ! إبْلِيس އަކީ ހުރިހާ ހެޔޮކަމަކުން ހުސްވެ ހެޔޮކަމުން ނާއުއްމީދުވެގެންވާ މީހާއެވެ. އެސޮރުގެ أصل ނަމެއްކަމުގައިވަނީ الحَارث އެވެ. إبْلِيس ގެނަމުން ނަންދެވުނުކަމުގައިވަނީ އޭނާ ﷲ އަށް އުރެދުނުހިނދުންނެވެ. إبْلِيس ހެއްދެވިފައިވަނީ އަލިފާނުންނެވެ.

Verse 35

وَقُلْنَا يَـٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ

Transliteration waqul'nā yāādamu us'kun anta wazawjuka l-janata wakulā min'hā raghadan ḥaythu shi'tumā walā taqrabā hādhihi l-shajarata fatakūnā mina l-ẓālimīna

Dhivehi އަދި ތިމަންރަސްކަލާނގެ آدم (عليه السّلام) އަށް وَحِي ކުރެއްވީމެވެ. އޭ آدم އެވެ! ކަލޭގެފާނާއި ކަލޭގެފާނުންގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވާށެވެ! ދިރިއުޅޭށެވެ! އަދި ތަނަވަސްކަމާއިއެކު ތިޔަދެކަނބަލުން އެދޭފަދައަކުން އެތަނުން ކައިހަދާށެވެ! އަދި މިގަހާއި ގާތްނުވާށެވެ! އެހެންވެއްޖެއްޔާ (އެބަހީ، އެގަހުން ބޭނުންކޮށްފިއްޔާ) ތިޔަދެކަނބަލުން އަނިޔާވެރިންގެތެރެއިން ވެދާނެއެވެ.

Verse 36

فَأَزَلَّهُمَا ٱلشَّيْطَـٰنُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّ وَمَتَـٰعٌ إِلَىٰ حِينٍ

Transliteration fa-azallahumā l-shayṭānu ʿanhā fa-akhrajahumā mimmā kānā fīhi waqul'nā ih'biṭū baʿḍukum libaʿḍin ʿaduwwun walakum fī l-arḍi mus'taqarrun wamatāʿun ilā ḥīnin

Dhivehi ދެންފަހެ شَيْطَان އާ އެދެކަނބަލުން ކުށުގެތެރެއަށް ވައްޓައިލައިފިއެވެ. (އެއީ ވަސްވާސްދީ ހުވައިކޮށް އޮޅުވާލައިގެންނެވެ.) ފަހެ އެދެކަނބަލުން އެ نعمة އެއްގައިވީ نعمة ން އެސޮރު އެދެކަނބަލުން ނެރެފިއެވެ. ސުވަރުގެއިން ނެރެފިއެވެ. އަތި ތިމަންރަސްކަލާނގެ އެންގެވީމެވެ. ކަލޭމެން (އެދެކަނބަލުންނާއި شَيْطَان) އާއި އެއްބަޔަކު އަނެއްބަޔަކަށް عَدُوّ ން ކަމުގައިވާ حَالُ ފައިބާށެވެ! (ސުވަރުގެއިން ބިމަށްފައިބާށެވެ!) އަދި ކަލޭމެނަށްޓަކައި ހަމަޖެހި قرار ވެވޭނެތަންވަނީ ބިމުގައެވެ. އަދި ވަކި ކަނޑައެޅިގެންވާ ވަގުތަކާއި ހަމަޔަށް (މަރުވާންދެން ނުވަތަ قيامة ވާންދެން) އެބިމުގެ ތަކެތީން ބޭނުންކޮށްހެދުން ކަލޭމެނަށްވެއެވެ.

Verse 37

فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَـٰتٍ فَتَابَ عَلَيْهِ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ

Transliteration fatalaqqā ādamu min rabbihi kalimātin fatāba ʿalayhi innahu huwa l-tawābu l-raḥīmu

Dhivehi ފަހެ آدم (عليه السّلام) އެކަލޭގެފާނުންގެ رَبّ ގެ حضرة ން كَلِمَة ތަކެއް ލިބިވަޑައިގެންފިއެވެ. އަދި އެކަލާނގެ އެކަލޭގެފާނަށް تَوبَة ލައްވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން تَوبَة قبول ކުރައްވާ رَحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ! آدم (عليه السّلام) އެކަލޭގެފާނުންގެ رَبّ ގެ حضرة ން ލިބިވަޑައިގެންނެވި كَلِمَة ތަކަކީ (رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُوْنَنَّ مِنَ الْخَاسِرِيْنَ) މިއީކަމުގައި ބުނެވުނެވެ. އެ كَلِمَة ތައް ވިދާޅުވުމަށް އެދެކަނބަލުންނަށް ﷲ އެންގެވިކަމުގައިވެއެވެ. ދެން އެދެކަނބަލުން އެ كَلِمَة ތައް ވިދާޅުވުމުން އެކަލާނގެ އެދެކަނބަލުންނަށް تَوْبَة ލައްވައި تَوْبَة قبول ކުރެއްވިކަމުގައިވެއެވެ. والله أعلم.

Verse 38

قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

Transliteration qul'nā ih'biṭū min'hā jamīʿan fa-immā yatiyannakum minnī hudan faman tabiʿa hudāya falā khawfun ʿalayhim walā hum yaḥzanūna

Dhivehi ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ކަލޭމެން އެންމެން އެތަނުން ފައިބާށެވެ. (ސުވަރުގެއިން ބިމަށް ފައިބާށެވެ.) އަދި ތިމަންރަސްކަލާނގެ حضرة ން ކަލޭމެންނަށް ކަނޑައެޅިގެން ތެދުމަގު އަންނަ ހުއްޓެވެ. (އެއީ ބާވައިލައްވާފޮތާއި ފޮނުއްވާ نَبي ންނާއި رَسُول ންގެ ذَرِيْعَة އިންނެވެ.) ފަހެ ތިމަންރަސްކަލާނގެ ތެދުމަގާއި تَبَعَ ވެއްޖެބަޔަކު (ދަންނައެވެ!) އެމީހުންގެ މައްޗަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނެ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.

Verse 39

وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ

Transliteration wa-alladhīna kafarū wakadhabū biāyātinā ulāika aṣḥābu l-nāri hum fīhā khālidūna

Dhivehi އަދި ކާފަރުވީމީސްތަކުން އަދި އެމީހުން ތިމަންރަސްކަލާނގެ آية ތައް ދޮގުކުރި މީސްތަކުންނީ އެއީ ކަނޑައެޅިގެން ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭހުށީ ހަމަ އެތާގައެވެ.

Verse 40

يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَوْفُوا۟ بِعَهْدِىٓ أُوفِ بِعَهْدِكُمْ وَإِيَّـٰىَ فَٱرْهَبُونِ

Transliteration yābanī is'rāīla udh'kurū niʿ'matiya allatī anʿamtu ʿalaykum wa-awfū biʿahdī ūfi biʿahdikum wa-iyyāya fa-ir'habūni

Dhivehi އޭ بَنِي إِسْرَائِيل ންނޭވެ! ކަލޭމެންނަށް ތިމަންރަސްކަލާނގެ ލެއްވި نِعْمَة ކަލޭމެން ހަނދާންކުރާށެވެ! އަދި ކަލޭމެން ތިމަންރަސްކަލާނގެ عَهْد ފުއްދާށެވެ! ތިމަންރަސްކަލާނގެ ކަލޭމެންގެ عهد ފުއްދަވާހުށީމެވެ. އަދި ހަމަ ކަނޑައެޅިގެން ތިމަންރަސްކަލާނގެއަށް ކަލޭމެން ބިރުވެތިވާށެވެ!\rދަންނައެވެ! بَنِي إِسْرَائِيل އަކީ يَعْقُوبُ عليه السّلام ގެ ދަރިންނެވެ. إِسْرَائِيل އަކީ يَعْقُوبُ عليه السّلام ގެ ނަންފުޅެވެ. އެއީ عبدﷲ ކިޔާ މާނައިގައެވެ. إسْرَا މިއީ عَبْد ގެމާނައެވެ. إِيْل އެއީ ﷲ އެވެ. عِبْرَانِى ބަހުންނެވެ. قُرآن ގައި بَنِي إِسْرَائِيل ންނާއި مُخَاطَب ކުރައްވާފައިވާ مراد އެއްކަމުގައި مُفَسّرން ވިދާޅުވަނީ އެއީ رَسُول ﷲ ﷺ نبي ކަމާއި رَسُول ކަމާއިގެން ފޮނުއްވިއިރު ތިބި يَهُودي ންގެ ވާހަކައެވެ. خَاصّ ވެ އޭރުތިބި يَهُودي ންގެ علم ވެރިންނެވެ. حَبْرُ ންނެވެ. އެހެނީ އޭރު يَعْقُوبُ عليه السّلام ގެ އުފަންދަރިންނާއި ކާފަދަރިންވެސް ދުނިޔޭގައި ނެތްތާ އެތައް ދުވަހެކެވެ. قُرآن ގައި بَنِي إِسْرَائِيل ންނާބެހޭ ގިނަ ވާހަކަތައް އެވަނީ އޭރުތިބި يَهُودي ންނަށްވާ عِبْرَة އާއި ހަނދާނެކެވެ. އެމީހުންގެ ކާބަފައިންނާއި އެކާބަފައިންގެގާތަށް ވަޑައިގެންނެވި نبي ބޭކަލުންނާ رَسُول ބޭކަލުންނާމެދު ކަންތައް ވަމުންދިޔަގޮތުގެ ހަނދާނަކަށެވެ. والله أعلم. بَنِي إِسْرَائِيل ންނަށް ﷲ ދެއްވި نعمة އަކީ ވަރަށްގިނަ نعمة އެވެ. އޭގެތެރޭގައި އެމީހުންގެތެރެއިން ގިނަ رَسُولން ވަޑައިގަތުމާއި ފޮތްތައް ބާވައިލެއްވުމާއި فرعون ގެފަރާތުން އެމީހުންނަށް ލިބެމުންއައި ގިނަ عَذَاب އާއި އުނދަގޫތަކުން އެމީހުން ސަލާމަތްކުރެއްވުމާއި، ހިލަގަނޑު ފަޅުއްވާ އެމީހުންނަށް ފެންދެއްވުމާއި مَنُّ އާއި سَلْوَى ކާންދެއްވުމާއި އަދިވެސް އެތައް ގިނަ نعمة އެކެވެ. ބަނީ އިސްރާއީލުންނާއި، ﷲ އާއިމެދު (އަދި އެންމެހައި خَلْقُ ތަކުންނާމެދުވެސް) ވާ عَهْد އަކީ އެމީހުން ﷲ އަށް އަޅުކަންކޮށް އެކަލާނގެ دين އާއި تبع ވުމެވެ. އަދި މީސްތަކުންނަށް ﷲ ކުރައްވާފައިވާ عهد އަކީ އެފަދައިން ކަންތައްކުރާ ބަޔަކަށް ސުވަރުގެދެއްވުމެވެ.

Verse 41

وَءَامِنُوا۟ بِمَآ أَنزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلَا تَكُونُوٓا۟ أَوَّلَ كَافِرٍۭ بِهِۦ ۖ وَلَا تَشْتَرُوا۟ بِـَٔايَـٰتِى ثَمَنًا قَلِيلًا وَإِيَّـٰىَ فَٱتَّقُونِ

Transliteration waāminū bimā anzaltu muṣaddiqan limā maʿakum walā takūnū awwala kāfirin bihi walā tashtarū biāyātī thamanan qalīlan wa-iyyāya fa-ittaqūni

Dhivehi (އޭ بني إسرائيل ންނޭވެ!) ތިމަންރަސްކަލާނގެ (قرآن ގައި) ބާވައިލައްވާ ތަކެއްޗަށް ކަލޭމެން އީމާންވާށެވެ! ތެދުކުރާށެވެ! އެތަކެތި ވަނީ ކަލޭމެން އަތުގައިވާ އެއްޗެއް އެބަހީ (ބާވައިލެއްވި تَوراة) ތެދުކުރާ حال ގައެވެ. އަދި އެއަށް އެބަހީ ކީރިތި قرآن އަށް އެންމެފުރަތަމަ ކާފަރުވާމީހުން ކަމުގައި ކަލޭމެން ނުވާށެވެ! އަދި ތިމަންރަސްކަލާނގެ އާޔަތްތައް ކުޑައަގަކަށް ނުވިއްކާށެވެ! (ދުނިޔޭގެ ދެރަ ދަށް އެދުމަށްޓަކައި އެ އާޔަތްތައް ބަދަލުކޮށް ނުހަދާށެވެ.) އަދި ކަނޑައެޅިގެން ކަލޭމެން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ!

Verse 42

وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ

Transliteration walā talbisū l-ḥaqa bil-bāṭili wataktumū l-ḥaqa wa-antum taʿlamūna

Dhivehi އަދި ކަލޭމެން حقّ بَاطِل އާއި އޮޅުވާ މައްސުނިކޮށް ނުހަދާށެވެ! އަދި ކަލޭމެން ރަނގަޅަށް ދެނެތިބި حال حقّ ވަންހަނާކޮށް ނުހަދާށެވެ!

Verse 43

وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱرْكَعُوا۟ مَعَ ٱلرَّٰكِعِينَ

Transliteration wa-aqīmū l-ṣalata waātū l-zakata wa-ir'kaʿū maʿa l-rākiʿīna

Dhivehi އަދި ކަލޭމެން ނަމާދު قائم ކޮށް زكاة ދީހަދާށެވެ! އަދި ركوع ކުރާމީހުންނާއިއެކު ކަލޭމެންވެސް رُكُوع ކުރާށެވެ! (އެބަހީ محمّد ގެފާނުންނާއި އެކަލޭގެފާނުންގެ أصحاب ންނާއިއެކު ކަލޭމެން ނަމާދުކުރާށެވެ! އަދި މިއާޔަތުގައި رُكُوع ގެ ވާހަކަ خَاصّ ގޮތެއްގައި ذِكُر ކުރެވިފައިވަނީ يهودي ން އެމީހުންގެ ނަމާދުގައި رُكوع ނުކުރާތީއެވެ. އެހެންވެ އެމީހުންވެސް إسلام ވެގެން مسلم ން ނަމާދުކުރާގޮތަށް ނަމާދުކުރުމަށް އެންގެވުމެވެ.)

Verse 44

۞ أَتَأْمُرُونَ ٱلنَّاسَ بِٱلْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ ٱلْكِتَـٰبَ ۚ أَفَلَا تَعْقِلُونَ

Transliteration atamurūna l-nāsa bil-biri watansawna anfusakum wa-antum tatlūna l-kitāba afalā taʿqilūna

Dhivehi ހެޔޮކަންތައްކުރުމަށް ކަލޭމެން މީސްތަކުންނަށް أمر ކޮށްފާ ކަލޭމެން ކަލޭމެންގެ އަމިއްލަ نفس ތަކުގެމަތީން ހަނދާން ނައްތައިލަނީހެއްޔެވެ؟ ކަލޭމެން ފޮތްކިޔާ حال އެބަހީ ﷲ ބާވައިލެއްވި ފޮތްކިޔާ حال އެފަދަ ކަންތައް ކަލޭމެން ކުރާއިރު އެއްވެސް فِكر އެއް ވިސްނުމެއްނެތީހެއްޔެވެ؟

Verse 45

وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَـٰشِعِينَ

Transliteration wa-is'taʿīnū bil-ṣabri wal-ṣalati wa-innahā lakabīratun illā ʿalā l-khāshiʿīna

Dhivehi އަދި ކަލޭމެން (ކިޔަމަންތެރިކަމަށާއި عَهْدُ ފުއްދުމަށް) ކެތްތެރިކަމާއި ނަމާދުން އެހީއާއި ބާރު ލިބުމަށް އެދޭށެވެ! ﷲ އަށް ބިރުވެތިވާ ބަޔަކަށްމެނުވީ ނަމާދަކީ އެއީ ބޮޑުކަމެކެވެ. އުނދަގޫ ކަމެކެވެ.

Verse 46

ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَـٰقُوا۟ رَبِّهِمْ وَأَنَّهُمْ إِلَيْهِ رَٰجِعُونَ

Transliteration alladhīna yaẓunnūna annahum mulāqū rabbihim wa-annahum ilayhi rājiʿūna

Dhivehi އެމީހުންނަކީ އެމީހުންގެ رَبّ އާއި ބައްދަލުވާނެކަމާއިމެދު يَقين ކުރާމީހުންނެވެ. އަދި ހަމަކަށަވަރުން ތިމާމެން އެނބުރި رُجوع ވާނީ ހަމައެކަލާނގެ حضرة އަށް ކަމުގައި يقين ކުރާމީހުންނެވެ.

Verse 47

يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَـٰلَمِينَ

Transliteration yābanī is'rāīla udh'kurū niʿ'matiya allatī anʿamtu ʿalaykum wa-annī faḍḍaltukum ʿalā l-ʿālamīna

Dhivehi އޭ بني إسرائيل އެވެ! ކަލޭމެންނަށް ތިމަންރަސްކަލާނގެ ދެއްވި ތިމަންރަސްކަލާނގެ نِعمة ކަލޭމެން ނިކަން ހަނދާންކުރާށެވެ! އަދި ހަމަކަށަވަރުން (އޭރުތިބި) އެންމެހައި މީސްތަކުންގެ މައްޗަށް ތިމަންރަސްކަލާނގެ ކަލޭމެން މާތްކުރެއްވީމެވެ.

Verse 48

وَٱتَّقُوا۟ يَوْمًا لَّا تَجْزِى نَفْسٌ عَن نَّفْسٍ شَيْـًٔا وَلَا يُقْبَلُ مِنْهَا شَفَـٰعَةٌ وَلَا يُؤْخَذُ مِنْهَا عَدْلٌ وَلَا هُمْ يُنصَرُونَ

Transliteration wa-ittaqū yawman lā tajzī nafsun ʿan nafsin shayan walā yuq'balu min'hā shafāʿatun walā yu'khadhu min'hā ʿadlun walā hum yunṣarūna

Dhivehi އަދި އެއްވެސް نفس އެއް އަނެއް نفس އަކަށް ކަމެއް ފުއްދައިނުދެވޭ ދުވަހަކަށް ކަލޭމެން ބިރުވެތިވާށެވެ! (އެއީ قيامة ދުވަހެވެ.) އަދި (ފާފަވެރިވެ ކުށްވެރިވެއްޖެ) އެއްވެސް نفس އަކަށް شَفَاعة އެއް قبول ނުވެވޭނެ އަދި އޭނާ އެ نفس ގެ ކުށުގެ فِدْيَة އެއް އެއްވެސް ބަދަލެއް ބަލައިނުގަނެވޭނެ ދުވަހެކެވެ. އަދި نصر ލިބޭނޭބަޔަކު ކަމުގައި އެމީހުން ނުވެއެވެ.

Verse 49

وَإِذْ نَجَّيْنَـٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ يُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌ مِّن رَّبِّكُمْ عَظِيمٌ

Transliteration wa-idh najjaynākum min āli fir'ʿawna yasūmūnakum sūa l-ʿadhābi yudhabbiḥūna abnāakum wayastaḥyūna nisāakum wafī dhālikum balāon min rabbikum ʿaẓīmun

Dhivehi އަދި فِرْعَوْنُ ގެ آلُ ންގެކިބައިން ތިމަންރަސްކަލާނގެ ކަލޭމެން ސަލާމަތްކުރެއްވިހިނދު (ކަލޭމެން ހަނދާންކޮށް ބަލާށެވެ!) އެމީހުން ކަލޭމެނަށް ނުބައިވެގެންވާ عَذَاب ގެ ރަހަދައްކައެވެ. އެމީހުން ކަލޭމެންގެ ފިރިހެންދަރިން މަރައި އަދި އަންހެންދަރިން ނުމަރައި ދިރިތިބުމަށް ދޫކުރިއެވެ. އެކަންކަމުގައި ކަލޭމެންގެ رَبّ ގެ حضرة ން ބޮޑުވެގެންވާ بَلاَء އެއް - ބޮޑު إمتحان އެއް ކަލޭމެނަށް ވެއެވެ.

Verse 50

وَإِذْ فَرَقْنَا بِكُمُ ٱلْبَحْرَ فَأَنجَيْنَـٰكُمْ وَأَغْرَقْنَآ ءَالَ فِرْعَوْنَ وَأَنتُمْ تَنظُرُونَ

Transliteration wa-idh faraqnā bikumu l-baḥra fa-anjaynākum wa-aghraqnā āla fir'ʿawna wa-antum tanẓurūna

Dhivehi އަދި ތިމަންރަސްކަލާނގެ ކަލޭމެނަށްޓަކައި ކަނޑުފަޅައިލެއްވިހިނދު (ހަނދާންކުރާށެވެ!) ދެން فِرْعَون ގެ آل ންގެ ކިބައިން ތިމަންރަސްކަލާނގެ ކަލޭމެން ސަލާމަތްކުރައްވާ އަދި فِرْعَون ގެ آل ން ތިމަންރަސްކަލާނގެ غَرَق ކުރެއްވީމެވެ. (ކަނޑުގެތެރެއަށް ހިންދާލާ މަރާލެއްވީމެވެ.) އެއީ ހަމަ ކަލޭމެން ބަލަބަލާތިބި حال ގައެވެ. • ދަންނައެވެ! أبو جَعْفَر الطَّبَرى އެކަލޭގެފާނުންގެ مشهورتفسير "جامع البيان " ގައި ލިއުއްވާފައިވެއެވެ. فِرْعَون އަކީ مِصْرُ ގައި ވެރިކަންކުރި عَمَالِقَة އެވެ ކިއުނުމީހުންގެ ރަސްރަސްކަލުންގެ ކޮލީނަމެކެވެ. އެއީ رُوم ގެ ރަސްކަލުންނަށް قَيْصَرُ ނުވަތަ هِرَقُل ކީގޮތަށެވެ. އަދި فَارس ކަރައިގެ ރަސްކަލުންނަށް كِسْرى - އަދި يَمَن ގެ ރަސްކަލުންނަށް تُبَّعُ ކީގޮތަށެވެ. ދެންފަހެ موسى عليه السّلام ގެ فِرْعَون ގެ އަސްލުނަމަކީ الوَلِيد بن مُصْعَب بن الرَّيَّان އެވެ. • آل މި كلمة ގެ މާނައަކީ أَهْل އެވެ. މި لفظ ގެ هَاء ألف އަކަށް ބަދަލުވީއެވެ. އެއީ أ أ ل - آل އެވެ. އޭގެ މާނައަކީ އެއްދީނުގެ އެއް قوم ގެ އަދި އެއް ޕާޓީގެމީހުންނެވެ. فِرْعَون ގެ آل ން بَنِي إِسْرَائيل ގެ ފިރިހެންކުދިން މެރީ فِرْعَون ގެ ވެރިކަން ހަލާކުވެގެންދާނީ بَنِي إِسْرَائيل ންގެތެރެއިން އުފެދޭ ފިރިހެންކުއްޖެއްގެ އަތްމައްޗަށްކަމުގައި كَهِين ންގެ މީހަކު فِرْعَون އަށް ދެންނެވުމުންނެވެ. އެކުއްޖާ މަރަންވެގެންނެވެ. އެކަންއޮތީ ފޫޅުމައިންގެ އަތްމަތީގައި ސިއްރުވެފައެވެ. މީގެ تفصيل ތައް އަދި އެހެން فرصة އެއްގައި بيان ކުރުމުގެ قصد ގައި މިވަރުން ކުރުކުރަމެވެ.

Verse 51

وَإِذْ وَٰعَدْنَا مُوسَىٰٓ أَرْبَعِينَ لَيْلَةً ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَـٰلِمُونَ

Transliteration wa-idh wāʿadnā mūsā arbaʿīna laylatan thumma ittakhadhtumu l-ʿij'la min baʿdihi wa-antum ẓālimūna

Dhivehi އަދި ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް ސާޅީސްރޭގެ مِيْعَاد އެއް ކުރެއްވިހިނދު (އެބަހީ އެކަލޭގެފާނު ﷲ އަށް مُنَاجه ދަންނަވައި އެކަލާނގެ އެކަލޭގެފާނަށް ބަސްފުޅު وحي ކުރެއްވުމަށް ސާޅީސްރޭގެ މުއްދަތަށް طُور ފަރުބަދައަށް ވަޑައިގަތުމުގެ وعد ކުރައްވައި) ދެން އެކަލޭގެފާނު އެތަނަށް ވަޑައިގަތުމުން ދެން ކަލޭމެން ޅަގެރިއެއް إله އަކު ކަމުގައި ހަދައި إختيار ކުރީމުއެވެ. އެއީ ކަލޭމެން އަނިޔާވެރިވާ حال ގައެވެ. شِرك ކުރާ حال ގައެވެ.

Verse 52

ثُمَّ عَفَوْنَا عَنكُم مِّنۢ بَعْدِ ذَٰلِكَ لَعَلَّكُمْ تَشْكُرُونَ

Transliteration thumma ʿafawnā ʿankum min baʿdi dhālika laʿallakum tashkurūna

Dhivehi ދެން އޭގެފަހުގައިވެސް އެބަހީ އެބޮޑުކުށަށްފަހުގައިވެސް ތިމަންރަސްކަލާނގެ ކަލޭމެނަށް عَفُوء ކުރެއްވީމެވެ. عَذَاب ދެއްވުން ދޫކޮށްލެއްވީމެވެ. އެއީވެސް ކަލޭމެން شكر ކުރުމަށްޓަކައެވެ.

Verse 53

وَإِذْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَٱلْفُرْقَانَ لَعَلَّكُمْ تَهْتَدُونَ

Transliteration wa-idh ātaynā mūsā l-kitāba wal-fur'qāna laʿallakum tahtadūna

Dhivehi އަދި ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް ފޮތާއި فُرْقَان ދެއްވީމެވެ. (އެބަހީ تَوْرَاة އާއި حقّ އާއި بَاطِل ވަކިކުރާނެގޮތުގެ تفصيل ދެއްވީމެވެ.) އެއީ ކަލޭމެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.

Verse 54

وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَـٰقَوْمِ إِنَّكُمْ ظَلَمْتُمْ أَنفُسَكُم بِٱتِّخَاذِكُمُ ٱلْعِجْلَ فَتُوبُوٓا۟ إِلَىٰ بَارِئِكُمْ فَٱقْتُلُوٓا۟ أَنفُسَكُمْ ذَٰلِكُمْ خَيْرٌ لَّكُمْ عِندَ بَارِئِكُمْ فَتَابَ عَلَيْكُمْ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ

Transliteration wa-idh qāla mūsā liqawmihi yāqawmi innakum ẓalamtum anfusakum bi-ittikhādhikumu l-ʿij'la fatūbū ilā bāri-ikum fa-uq'tulū anfusakum dhālikum khayrun lakum ʿinda bāri-ikum fatāba ʿalaykum innahu huwa l-tawābu l-raḥīmu

Dhivehi އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު (ހަނދާންކުރާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ.) އޭ އަހުރެންގެ قوم ގެ މީހުންނެވެ! ކަލޭމެން ޅަގެރި إله އެއްކަމުގައި ހަދައިގަތުމުގެ ސަބަބުން ކަލޭމެން ކަލޭމެންގެ نفس ތަކަށް އަނިޔާވެރިވެއްޖައީމުއެވެ. ފަހެ ކަލޭމެން ކަލޭމެން ހެއްދެވި ކަލާނގެ حضرة އަށް رجوع ވެ تَوبَة ވާށެވެ! ފަހެ ކަލޭމެންގެ نفس ތައް ކަލޭމެން މަރާށެވެ! ކަލޭމެން ހެއްދެވި ކަލާނގެ حضرة ގައި ކަލޭމެނަށް އެގޮތް ހެޔޮވެގެންވެއެވެ. ދެން ފަހެ އެކަލާނގެ ކަލޭމެންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން توبَة ލައްވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ! މިއާޔަތްތަކުގައި بَيَان ވެގެން އެވަނީ موسى (عليه السّلام) ﷲ ގެ ميعاد އަށް طور ފަރުބަދައަށް ވަޑައިގަތުމުން سَامِرِى ކިޔާމީހަކު بَنِي إسْرَائيل ންގެތެރޭގައި ޅަގެރިއެއް ހަދައި އެއަށް އެތައްބަޔަކު އަޅުކަންކުރުމުގެ ސަބަބުން ﷲ އެމީހުންގެމައްޗަށް ކޯފާލައްވައި އެމީހުންގެ އެކަމުގެ توبَة ގެ ވާހަކައެވެ. އެކަމުގެ توبَة އެއްކަމުގައި މިވަނީ އެއް ރިވާޔަތެއްގައިވާގޮތުން ގެރިޔަށް އަޅުކަންކުރިމީހުން ނުކުމެ، ކަނޑިޔާ ވަޅިޔާ އެބާވަތުގެ ތަކެތީން އެމީހުން އެމީހުންނަށް ކަތިލާ މެރުމެވެ. އަނެއް ރިވާޔަތެއްގައިވާގޮތުން ގެރިޔަށް އަޅުކަންކުރިމީހުންނާ ގެރިޔަށް އަޅުކަން ނުކުރާމީހުންނާއި ދެމެދު قتل عَامُّ އެއް ހިންގައިލީއެވެ. އެއީ ﷲ ގެ أمر ފުޅެވެ. އެކަމުގައި بَنِي إسْرَائيل ގެ ހަތްދިހަހާސްމީހުން މަރުވެދިޔަކަމުގައި ގިނަރިވާޔަތް އައިސްފައިވެއެވެ. އެޔަށްފަހު އެމީހުންގެމައްޗަށް ﷲ توبة ލައްވައި އެކަން ނިމުނީއެވެ. މިވާހަކަތައް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. މިވާހަކަތަކުގެ تفصيل ތަކާއި އިތުރު معلومات އެހެން فرصة އެއްގައި بَيَان ކުރަން قصد ކުރާތީ މިހާވަރަށް މިވަގުތު ނިންމައިލީއެވެ......... ދެން މިއަންނަ حادثة އަދި އެއަށްވުރެ عجائب ކަންބޮޑެވެ. އެއީ 55 56 ވަނަ އާޔަތުގެ حادثة އެވެ.

Verse 55

وَإِذْ قُلْتُمْ يَـٰمُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهْرَةً فَأَخَذَتْكُمُ ٱلصَّـٰعِقَةُ وَأَنتُمْ تَنظُرُونَ

Transliteration wa-idh qul'tum yāmūsā lan nu'mina laka ḥattā narā l-laha jahratan fa-akhadhatkumu l-ṣāʿiqatu wa-antum tanẓurūna

Dhivehi (އޭ بَني إسرائيل އެވެ!) ކަލޭމެން موسى (عليه السّلام) އަށް ދެންނެވިހިނދު (ހަނދާންކުރާށެވެ!) އޭ موسى އެވެ. ހަމަފާޅުގައި (އެއްވެސް ހުރަހެއްނެތި) ﷲ އަހުރެމެންނަށް ފެނިއްޖައުމަށްދާންދެން އަހުރެމެން ކަލޭގެފާނަށް އީމާންނުވާނަމެވެ. ދެންފަހެ ގަދައަޑުފަށާއިއެކުގައި އަލިފާންގަނޑު ކަލޭމެން ހިފައިގެންފިއެވެ. އެބަހީ އެ އަލިފާނުގެ ސަބަބުން ކަލޭމެން މަރުވީއެވެ. އެއީ ހަމަ ކަލޭމެން ބަލަބަލާ ތިއްބާ ހިނގިކަމެކެވެ.

Verse 56

ثُمَّ بَعَثْنَـٰكُم مِّنۢ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ

Transliteration thumma baʿathnākum min baʿdi mawtikum laʿallakum tashkurūna

Dhivehi ދެން ތިމަންރަސްކަލާނގެ ކަލޭމެން މެރުއްވުމަށްފަހު އަލުން ދިރުއްވައި ދުނިޔެއަށް ފޮނުއްވީމެވެ. އެއީވެސް ކަލޭމެން شكر ކުރޭތޯއެވެ. • ދަންނައެވެ! މިދެއާޔަތުގައި إشارة ވެގެންވާ حادثة تفسير ފޮތްތަކުގައި بَيَان ވެގެންވެއެވެ. އޭގެތެރެއިން طَبَرى ގެ تفسير ގައިވާ އެއްރިވާޔަތުގެ خُلاَصَة ވަރަށް ކުރުކޮށް ދަންނަވައިލާނަމެވެ. އެއީ އާޔަތުގެ މާނަ ވިސްނައިގަތުމަށް ފަސޭހަޔަކަށެވެ. بَني إسرائيل ންގެ ބައެއްމީހުން ގެރިޔަށް އަޅުކަންކުރުމަށްފަހު موسى (عليه السّلام) ވަޑައިގެން އެގެރި އަންދައިލާ އަޅިކޮޅު ކަނޑަށް ގިރުވައިލައްވާ سَامِرى އާއި ދިމާއަށް އެވިދާޅުވިއެއްޗެއް ވިދާޅުވުމަށްފަހު އެމީހުންގެމައްޗަށް توبَة ލައްވައިތޯ ﷲ އަށް ދެންނެވުމަށް بني إسرائيل ގެ ހަތްދިހަބޭކަލުންނާއިގެން طُورسِيناء އަށް ވަޑައިގެންނެވިއެވެ. އެއީ طاهر ވެ ރޯދައަށް ތިބެގެންނެވެ. އަދި އެކަން އެއީ ﷲ ގެ إِذْن ފުޅަށެވެ. ދެން ފަހެ موسى (عليه السّلام) އެ ފަރުބަދަޔާ ގާތްވެވަޑައިގަތުމުން މުޅިފަރުބަދަ ނިވައިވާވަރުގެ ވިލާގަނޑެއް އައިސް ފަރުބަދަ ނިވައިކޮށްލިއެވެ. ދެން موسى (عليه السّلام) އެވިލާގަނޑުގެތެރެއަށް ވެދެވަޑައިގެންނެވިއެވެ. އަދި އެބޭކަލުންނަށްވެސް އެކަލޭގެފާނުންގެ ގާތަށް އައުމަށް ވިދާޅުވިއެވެ. އަދި އެންމެ ބޭކަލުން ވިލާނގަޑުގެތެރެއަށް ވަދެ سجد އަށް ތިރިވިއެވެ. އަދި موسى عليه السّلام އަށް ﷲ تعالى ބަސްފުޅު وحي ކުރައްވައެވެ. أمر އާއި نهى ގެ އެންގެވުންތައް އަންގަވައެވެ. އެހަތްދިހަބޭކަލުންނަށްވެސް އެއަޑުފުޅު އިވެއެވެ. ދެން وحي އައިސް ނިމި ވިލާގަނޑުވެސް كَشْفُ ވެ ނިމުމުން އެމީހުން موسى عليه السّلام އަށް ދެންނެވީ ހަމަފާޅުގައި އެއްވެސް ހުރަހެއްނެތި އަހުރެމެންނަށް ﷲ ފެނުނީވިއްޔާމެނުވީ އަހުރެމެން ކަލޭގެފާނަށް އީމާނެއް ނުވާނަމެވެ. ކަލޭގެފާނުންގެ ބަސްފުޅު ތެދުނުކުރާނަމެވެ. ފަހެ މިބައިމީހުންގެ މި ބޭއަދަބީ ބަހާއި ވިދިގެން ގަދައަޑުފަށަކާއިއެކު އައި އަލިފާނަކުން موسى عليه السّلام ފިޔަވައި މިމީހުން މަރުވެގެން ހިނގައްޖެއެވެ. މިކަމާގުޅިގެން موسى عليه السّلام ވަރަށް ހިތާމަފުޅުކުރައްވައި އަސަރުން ފުރިގެންވާ صِيْغَة އަކުން ﷲ އަށް ދަންނަވައި دعاء ފުޅުކުރައްވައިފިއެވެ. * އެވާހަކަތައް أعراف سورة ގެ 155 ވަނަ 156 ވަނަ އާޔަތުގައި بَيَان ވެގެންވެއެވެ. އެތަނުންވެސް ބައްލަވާށެވެ. ދެންފަހެ މިހުރިހާ خبر ތަކާއި ވާހަކަތަކަކީ موسى عليه السّلام އާއި އެކަލޭގެފާނުންގެ އަރިހު އީމާންވެގެންތިބި މީހުންނާއިމެދު ހިނގާދިޔަކަންކަމެވެ. އަދި މީގެއިތުރުންވެސް އެތައްއެތައް ކަމެކެވެ. މިވާހަކަތައް މާފަހުން ބާވައިލެއްވި ކީރިތި قرآن ގައި وحي ކުރައްވައި بَني إسْرَائيل ންނާ مخاطب ކުރެއްވުމުގެ مقصد އަކީ އޭރު ދުނިޔޭގައިތިބި بَني إسْرَائيل ންކަމުގައި ހިމެނޭ يهودي ންނަށް مخاطب ކުރެއްވުމެކެވެ. ތިމާމެންގެ ކާބަފައިންނާ އެމީހުންގާތަށް ވަޑައިގެންނެވި رَسُول ންނާމެދު ކަންތައް ހިނގާދިޔަގޮތް އެންގެވުމަށެވެ. އެއިން عبرة حاصل ކޮށް މިހާރު މިހުންނެވި رسول ﷲ ﷺ އަށް ފުރިހަމައަށް އީމާންވުމަށެވެ. ކާބަފައިންގެތެރެއިން އެފަދަ ނޭއްގާނީ ކަންކަންހިންގި މީހުންނާ ތަބާނުވެ ﷲ އަށާއި رسول އާއަށް ފުރިހަމައަށް ކިޔަމަންވެ ބަސްއެހުމަށެވެ. والله أعلم ހޭއަރުވައިލުމެއް:-\nمُوْسَى عَلَيْه السَّلام ގެ ދެންނެވުން: އަދި ﷲ تعالى ގެ حضرة ން ދެއްވައިފައިވާ އޭގެ ޖަވާބު\nއަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم ގެމީހުންގެތެރެއިން ހަތްދިހަ ފިރިހެނުން ތިމަންރަސްކަލާނގެ مِيْقات އަށް ވަޑައިގަތުމަށް إختيار ކުރެއްވިއެވެ. (މިއީ ޅަގެރިޔަށް އަޅުކަންކުރި މީހުން ކުރިނުބައިކަންތަކަށް توبة ލެއްވުމުގެ އެދުމުގައި ﷲ އަށް ދަންނަވާ أستغفار ކުރުމާއި ކުއްތަންވުމުގެ ގޮތުން އޮތް مِيْقات އެކެވެ. ދެންފަހެ مِيْقات އަށް ދެވުމަށްފަހު އެމީހުންނަށް موسى عليه السّلام އެންގެވީ سجدة އަށް ތިރިވުމަށެވެ. سجدة ކުރުމަށެވެ. އެންމެން سجدة އަށް ތިރިވުމުން ﷲ تعالى موسى عليه السّلام އަށް وحي ބާވައިލައްވައެވެ. ދެންފަހެ وحي ނިމުމުން އެމީހުން ތެދުވެ ދެންނެވީ އަހުރެމެންނަށް ﷲ ދެއްކެވިއްޔާ މެނުވީ އަހުރެމެން އީމާންނުވާނެކަމަށެވެ. ދެންފަހެ މިއިދިކީލިކަމުގެ ބަސް ދެންނެވުމުން އެމީހުންނަށް އައީ ގަދަހެލުމަކާއި އަޑުފަށެކެވެ. އެއީ رَجْفَة އެވެ. އެއަޑުފަށަށް موسى عليه السّلام ފިޔަވައި ދެން އެންމެން މަރުވީއެވެ.) ދެންފަހެ އެމީހުންނަށް އެ رَجْفَة ޖެހި އެންމެން މަރުވެދިއުމުން موسى عليه السّلام (ވަރަށް ހިތާމަފުޅުން އަސަރުގަދަދެންނެވުމެއްދެންނެވިއެވެ.) ﷲ އަށް ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! އިބަރަސްކަލާނގެ އެދިވޮޑިގެންނެވިނަމަ މީގެކުރިންވެސް އިބަރަސްކަލާނގެ އެމީހުން ހަލާކުކުރައްވައިފީހެވެ. އަދި މިއަޅާވެސް ހަލާކު ކުރައްވައިފީހެވެ. އަޅަމެންގެ ތެރެއިންވާ މޮޔަ جاهل ން ކުރަމުންގެންދާ ނުބައި ކަންތަކުގެ ސަބަބުން އިބަރަސްކަލާނގެ އަޅަމެން ހަލާކު ކުރައްވަނީތޯއެވެ؟ އަދި އެކަން އެއީ އިބަރަސްކަލާނގެ ޖައްސަވާ إمتحان ކަމުގައިމެނުވީ ނުވެއެވެ. އޭގެސަބަބުން އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުން މަގުފުރައްދަވަމުއެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުންނަށް ތެދުމަގު ދައްކަވަމުއެވެ. އިބަރަސްކަލާނގެއީ އަޅަމެންގެ ސަހަރޯވެރިޔާއެވެ. ފަހެ އަޅަމެންނަށް ފުއްސަވާދެއްވާންދޭވެ! އަދި އަޅަމެންނަށް رحمة ލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ ފާފަފުއްސަވާ عفوء ކުރައްވާ އެންމެ ހެޔޮވެގެންވާ ފަރާތެވެ. އަދި މިދުނިޔޭގައި އަޅަމެންނަށް ހެޔޮކަން (صالح عمل ކުރުމުގެ توفيق) ލިއުއްވާދެއްވާނދެވެ. އަދި آخرة ގައިވެސް އަޅަމެންނަށް (ފާފަފުއްސެވުން) ލިއުއްވާދެއްވާނދޭވެ! ހަމަކަށަވަރުން އަޅަމެން އިބަރަސްކަލާނގެއަށް رجوع ވެ توبة ވެއްޖައީމުވެ. އެކަލާނގެ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ عذاب ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ދިމާކުރައްވަމެވެ. ޖައްސަވަމެވެ. އަދި ތިމަންރަސްކަލާނގެ رحمة ހުރިހާ އެއްޗަކަށް ތަނަވަސްވެގެންވެއެވެ. ފަހެ ތިމަންރަސްކަލާނގެ އެ رحمة ލިއުއްވާހުށީ އެބަޔަކު تقوى ވެރިވާ އަދި ޒަކާތްދޭ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް އެމީހުން ބިރުވެތިވާމީހުންނަށެވެ..........އަދިމީގެ ފަހުއާޔަތުގައިވެސް މި مَوْضُوعُ ގެ ބައެއްވާހަކަވެއެވެ. ދެންއެބައި أعْرَافُ ސޫރަތުން ބައްލަވާނީއެވެ.

Verse 57

وَظَلَّلْنَا عَلَيْكُمُ ٱلْغَمَامَ وَأَنزَلْنَا عَلَيْكُمُ ٱلْمَنَّ وَٱلسَّلْوَىٰ ۖ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ ۖ وَمَا ظَلَمُونَا وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ

Transliteration waẓallalnā ʿalaykumu l-ghamāma wa-anzalnā ʿalaykumu l-mana wal-salwā kulū min ṭayyibāti mā razaqnākum wamā ẓalamūnā walākin kānū anfusahum yaẓlimūna

Dhivehi އަދި ތިމަންރަސްކަލާނގެ ކަލޭމެންގެމައްޗަށް ވިލާގަނޑުން ހިޔާއަޅުއްވައިދީ އަދި ކަލޭމެންގެމައްޗަށް (ކެއުމެއްގެގޮތުން) مَنٌّ އާއި سَلْوَى ބާވައިލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭމެނަށްދެއްވި ރަނގަޅު حلال ރިޒުގުން ކަލޭމެންކާށޭ އެންގެވީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އަނިޔާވެރިވެވޮޑިނުގަންނަވަމެވެ. އަދި އެކަމަކު އެމީހުންވީ އެމީހުންގެ އަމިއްލަ نفس އަށް އަނިޔާވެރިވާބަޔަކުކަމުގައެވެ.

Verse 58

وَإِذْ قُلْنَا ٱدْخُلُوا۟ هَـٰذِهِ ٱلْقَرْيَةَ فَكُلُوا۟ مِنْهَا حَيْثُ شِئْتُمْ رَغَدًا وَٱدْخُلُوا۟ ٱلْبَابَ سُجَّدًا وَقُولُوا۟ حِطَّةٌ نَّغْفِرْ لَكُمْ خَطَـٰيَـٰكُمْ ۚ وَسَنَزِيدُ ٱلْمُحْسِنِينَ

Transliteration wa-idh qul'nā ud'khulū hādhihi l-qaryata fakulū min'hā ḥaythu shi'tum raghadan wa-ud'khulū l-bāba sujjadan waqūlū ḥiṭṭatun naghfir lakum khaṭāyākum wasanazīdu l-muḥ'sinīna

Dhivehi އަދި މިރަށަށް ކަލޭމެންވަންނާށޭ އަދި އެރަށުން ކަލޭމެން އެދޭފަދައަކުން ތަނަވަސްކަމާއިއެކު ކަލޭމެން ކައިއުޅޭށެވެ! އަދި ރަށުގެ ދޮރުން ވަންނަހިނދު سَجِدَة ކުރާ حَال (އެބަހީ ކިޔަމަންތެރިވެގެންވާ حال ކަލޭމެން ވަންނާށޭ) އަދި އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! މިހެން ކަލޭމެން ބުނާށޭ އޭރުން ތިމަންރަސްކަލާނގެ ކަލޭމެންގެ ފާފަތައް ފުއްސަވާހުށީމެވެ. އަދި إحْسَان ތެރިންނަށް ނިކަންހުރެ ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވާހުށީމެވެ. މިފަދައިން ތިމަންރަސްކަލާނގެ وحي ކުރެއްވިހިނދު (ކަންވީގޮތް ހަނދާންކުރާށެވެ!)

Verse 59

فَبَدَّلَ ٱلَّذِينَ ظَلَمُوا۟ قَوْلًا غَيْرَ ٱلَّذِى قِيلَ لَهُمْ فَأَنزَلْنَا عَلَى ٱلَّذِينَ ظَلَمُوا۟ رِجْزًا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ

Transliteration fabaddala alladhīna ẓalamū qawlan ghayra alladhī qīla lahum fa-anzalnā ʿalā alladhīna ẓalamū rij'zan mina l-samāi bimā kānū yafsuqūna

Dhivehi ދެންފަހެ އަނިޔާވެރިވީމީހުން އެމީހުންނަށް ބުނުމަށް އަމުރުވެވުނުބަސްނޫން އެހެން ބަހެއް އެމީހުންބުނެ ބަދަލުކޮށްފިއެވެ. އަދި އަނިޔާވެރިންގެމައްޗަށް ތިމަންރަސްކަލާނގެ އުޑުން عَذاب އެއް ބާވައިލެއްވީމެވެ. އެއީ އެމީހުން فَاسِقُ ވާކަމުގެ ސަބަބުންނެވެ. ﷲ ގެ ކިޔަމަނުން ނުކުމެ އުރެދުމުގެ ސަބަބުންނެވެ.\nދަންނައެވެ! ރަށުގެ ދޮރުން سجدة ކުރާ حال ވަންނާށޭ އެންގެވީމާ އެމީހުން އެތަނަށް ވަނތްކަމަށްވަނީ ފޫކޮޅުކާތަމުންނެވެ. އަދި ކަލޭމެން حِطَّةٌ މިހެން (އެބަހީ އަޅަމެންގެ ފާފަފުއްސަވާނދޭވެ.) މިހެންކިޔާށޭ އެންގެވީމާ އެމީހުން ކީކަމަށްވަނީ حِنْطَةٌ މިހެންނެވެ. (އެއީ ހިމަގޮދަނަށް ކިޔާނަމެކެވެ.) މިމީހުންގެ އަދަބުކުޑަކަމުގެ ސަބަބުން އެހެންވެ 59 ވަނަ އާޔަތުގައި އެވަނީ އެމީހުންގެ މައްޗަށް ﷲ عَذَاب އެއް ފޮނުއްވި ވާހަކައެވެ. އެއީ طاعون ބަލި ފޮނުއްވައި އެތައްހާސްބަޔަކު މަރުވެދިއުމެވެ. އެއީ މިޒަމާނުބަހުން ކޮލެރާއެވެ.

Verse 60

۞ وَإِذِ ٱسْتَسْقَىٰ مُوسَىٰ لِقَوْمِهِۦ فَقُلْنَا ٱضْرِب بِّعَصَاكَ ٱلْحَجَرَ ۖ فَٱنفَجَرَتْ مِنْهُ ٱثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۖ كُلُوا۟ وَٱشْرَبُوا۟ مِن رِّزْقِ ٱللَّهِ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ

Transliteration wa-idhi is'tasqā mūsā liqawmihi faqul'nā iḍ'rib biʿaṣāka l-ḥajara fa-infajarat min'hu ith'natā ʿashrata ʿaynan qad ʿalima kullu unāsin mashrabahum kulū wa-ish'rabū min riz'qi l-lahi walā taʿthaw fī l-arḍi muf'sidīna

Dhivehi އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم ގެ މީހުންނަށް ފެނަށް އެދިވަޑައިގެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) ފަހެ ތިމަން ރަސްކަލާނގެ އެކަލޭގެފާނަށް وحي ކުރެއްވީމެވެ. ކަލޭގެފާނު ކަލޭގެފާނުންގެ އަސާކޮޅުން ހިލައިގާ ޖައްސަވާށެވެ! (ދެން އެކަލޭގެފާނުންގެ އަސާކޮޅުން ހިލައިގާ ޖެއްސެވިއެވެ.) އެހިނދު އެހިލަގަނޑު ފަޅަފަޅައިގެންގޮސް ބާރަކޯރަށް ފެންގަޑު ދެމިގެންފިއެވެ. (އޭރު އެތާތިބިކަމަށްވަނީ بَني إِسْرَائيل ގެ ބާރަދަރިކޮޅުގެމީހުންނެވެ.) އަދި ކޮންމެ ދަރިކޮޅަކަށްވެސް އެބަޔަކު ފެންބޯނެ ކޯރެއް ރަނގަޅަށް އެނގިއްޖެއެވެ. އަދި ﷲ ގެ رِزْق ން ކަލޭމެން ކައިބޮއި ހަދާށެވެ. އަދި ބިންފާސިދުކޮށްނުހަދާށެވެ! މިހެންއެންގެވީމެވެ.

Verse 61

وَإِذْ قُلْتُمْ يَـٰمُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍ وَٰحِدٍ فَٱدْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنۢبِتُ ٱلْأَرْضُ مِنۢ بَقْلِهَا وَقِثَّآئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا ۖ قَالَ أَتَسْتَبْدِلُونَ ٱلَّذِى هُوَ أَدْنَىٰ بِٱلَّذِى هُوَ خَيْرٌ ۚ ٱهْبِطُوا۟ مِصْرًا فَإِنَّ لَكُم مَّا سَأَلْتُمْ ۗ وَضُرِبَتْ عَلَيْهِمُ ٱلذِّلَّةُ وَٱلْمَسْكَنَةُ وَبَآءُو بِغَضَبٍ مِّنَ ٱللَّهِ ۗ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّـۧنَ بِغَيْرِ ٱلْحَقِّ ۗ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ

Transliteration wa-idh qul'tum yāmūsā lan naṣbira ʿalā ṭaʿāmin wāḥidin fa-ud'ʿu lanā rabbaka yukh'rij lanā mimmā tunbitu l-arḍu min baqlihā waqithāihā wafūmihā waʿadasihā wabaṣalihā qāla atastabdilūna alladhī huwa adnā bi-alladhī huwa khayrun ih'biṭū miṣ'ran fa-inna lakum mā sa-altum waḍuribat ʿalayhimu l-dhilatu wal-maskanatu wabāū bighaḍabin mina l-lahi dhālika bi-annahum kānū yakfurūna biāyāti l-lahi wayaqtulūna l-nabiyīna bighayri l-ḥaqi dhālika bimā ʿaṣaw wakānū yaʿtadūna

Dhivehi (އޭ بَنِي إٍسْرائيل އެވެ!) مُوسى (عليه السّلام) އަށް ކަލޭމެން ދެންނެވިހިނދު ހަނދުމަކުރާށެވެ! (ކަލޭމެން ދެންނެވީމުއެވެ.) އޭ مُوسى (عليه السّلام) އެވެ. އެއްކާނާއެއްގެމައްޗަށް އަހުރެމެންނަކަށް ކެތެއް ނުކުރެވޭނެއެވެ. (ހަމައެކަނި مَنُّ އާއި سَلْوَى ކައިގެން ނުވާނެއެވެ.) ފަހެ ބިމުން ނުކުންނަ ބާވަތުގެ ތަކެތީގެ ތެރެއިން އަހުރެމެންނަށް ނެރެދެއްވައިތޯ ކަލޭގެފާނުންގެ رَبّ އަށް دُعَاء ކޮށްދެއްވާށެވެ! އެބިމުގެ ތަރުކާރީއާއިقِثَّا އާއި އޭގެ ލޮނުމެދާ (ނުވަތަ ހިމަގޮދަނާއި) އަދި އެތާނގެ މުގާއި އެތާނގެ ފިޔަޔާއި (ނެރެއްދެއްވައިތޯ ދަންނަވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. މާހެޔޮ ރަނގަޅު މާތްވެގެންވާ އެއްޗެއްގެ ބަދަލުގައި މާދެރަ ނިކަމެތި އެއްޗަކަށް ބަދަލުކުރަން އެދެނީހެއްޔެވެ؟ އެހެންކަމަށްވަންޏާ ކަލޭމެން ކޮންމެވެސް ރަށަކަށް ފައިބާށެވެ! އޭރުން ކަލޭމެން ތިޔަ ސުވާލުކުރާތަކެތި ކަލޭމެންނަށް ހުންނާނެއެވެ. އަދި އެމީހުންނަށް ނިކަމެތިކަމާއި مِسْكِيْنُ ކަން ޖެހިއްޖެއެވެ. އަދި އެމީހުން އެނބުރި رُجُوعَ ވީ ﷲ ގެ حضرة ން ކޯފާޔާއިގެންނެވެ. އެހެން އެވީ އެމީހުން ﷲ ގެ آية ތަކަށް ކާފަރުވާކަމުގެ ސަބަބުންނެވެ. އަދި އެއްވެސް حقّ އަކާއި ނުލައި ނަބީބޭކަލުން މަރާކަމުގެ ސަބަބުންނެވެ. އެގޮތަކީ އެބައިމީހުން نَبِى ބޭކަލުން މަރަނީ، އެމީހުން ﷲ އަށް އުރެދި އަދި ހައްދުފަހަނަޅައިދާކަމުގެ ސަބަބުންނެވެ.

Verse 62

إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلنَّصَـٰرَىٰ وَٱلصَّـٰبِـِٔينَ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

Transliteration inna alladhīna āmanū wa-alladhīna hādū wal-naṣārā wal-ṣābiīna man āmana bil-lahi wal-yawmi l-ākhiri waʿamila ṣāliḥan falahum ajruhum ʿinda rabbihim walā khawfun ʿalayhim walā hum yaḥzanūna

Dhivehi ހަމަކަށަވަރުން (محمّد ﷺ އަށް) އީމާންވެ އީމާންކަންމަތީ ދެމިތިބި މީހުންނާއި އަދި يهودي ވީ މީހުންނާއި نَصَارى އިންނާއި އަދި صَابِئُ ންނާއި މިމީހުންގެ ތެރެއިން ﷲ އަށާއި آخرة ދުވަހަށް އީމާންވެ صَالِح عَمَل ކޮށްފިމީހާ (ދަންނައެވެ!) ފަހެ އެމީހުންނަށް އެމީހުންގެ رَبّ ގެ حضرة ގައި އެމީހުންގެ ދަރުމަހުއްޓެވެ. އަދި އެމީހުންގެމައްޗަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ. ދަންނައެވެ! މިއާޔަތުގައި ނަންގަނެވިގެންވާ ހަތަރު ބާގައިގެތެރެއިން އީމާންވީ މީހުންނޭ އޮތް ބަސްފުޅުން مُرَاد ކުރެވެނީ مُحَمّد ﷺ އަށް އީމާންވެ އީމާންކަންމަތީ ދެމިތިބި މީހުންނެވެ. يهودي ވީ މީހުންނޭ އޮތްބަސްފުޅުން مُرَاد ކުރެވެނީ مُوسى (عليه السّلام) އަށް ބާވައިލެއްވި دين އަށް ނިސްބަތްވާ މީހުންނެވެ. نصارى އިންނޭ ބުނިބަހުން مُرَاد ކުރެވެނީ عيسى (عليه السّلام) އަށް ބާވައިލެއްވި دين އަށް ނިސްބަތް ކުރެވޭ މީހުންނެވެ. ނަމަވެސް މިދެ أمّة ގެ މީހުންނަކީވެސް އެދެނަބީއިންގެ ފޮތް އެބައިމީހުން ބަދަލުކޮށް ހެދުމުގެ ސަބަބުން އެދެ ދީނުގެ مَعَالِم އެމީހުން އަތުން ގެއްލިފައިވާ ބައެކެވެ. މިހާރު އެއީ ހަމަ ނަމެކެވެ. صَابِئي ންނަކީ ملائكة ންނަށް އަޅުކަން ކުރާމީހުންނެވެ. / ނުވަތަ ދީނެއްނެތް މީހުންނެވެ. / ނުވަތަ ތަރިއަށް އަޅުކަން ކުރާމީހުންނެވެ. އަދި އެހެން ގޮތްގޮތަށްވެސް ކިޔާފައިވެއެވެ. والله أعلم.

Verse 63

وَإِذْ أَخَذْنَا مِيثَـٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَـٰكُم بِقُوَّةٍ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ

Transliteration wa-idh akhadhnā mīthāqakum warafaʿnā fawqakumu l-ṭūra khudhū mā ātaynākum biquwwatin wa-udh'kurū mā fīhi laʿallakum tattaqūna

Dhivehi އަދި ތިމަންރަސްކަލާނގެ ކަލޭމެންގެ ބޯމައްޗަށް طُور ފަރުބަދަ އުފުއްލަވައިލިވަގުތު ހަނދާންކޮށް ބަލާށެވެ! (އެކަން އެހެންވާން ދިމާވީ: توراة ލިއުއްވާފައިވާ ފިލާތައް موسى عليه السّلام ހިތްޕަވައިގެން ވަޑައިގެން އޭގައިވާފަދައަކުން عمل ކުރުމަށް بَني إسرائيل ންނަށް ވިދާޅުވިހިނދުން އެމީހުން ދެންނެވީ ﷲ تعالى ކަލޭގެފާނަށް ބަސްފުޅު وحي ކުރައްވައި ވާހަކަދެއްކެވިފަދައިން އަހުރެމެންނާއި ވާހަކަ ނުދައްކަވަނިސް އަހުރެމެން ތިޔައިގައިވާ ތަކެތި قبولއެއް ނުކުރާނަމެވެ. އެހިނދު ﷲ ކޯފާވެވޮޑިގެން މަލާއިކަތްބޭކަލުންނަށް އަމުރުފުޅުކުރައްވައި طُور ފަރުބަދަ އެމީހުންގެ ބޯމައްޗަށް އުފުއްލަވައި توراة ގައިވާ ތަކެތީން عمل ކުރުމަށް އެންގެވިއެވެ. އެހެންނޫންނަމަ، ބޯމައްޗަށް ފަރުބަދަ ވައްޓައިލައްވައި ޗިސްކޮށްލައްވާނެކަމަށެވެ. އެހިނދު އެމީހުން އޭގައިވާގޮތަށް عمل ކުރުމަށް އެއްބަސްވެ އެގޮތުގެމައްޗަށް އެމީހުންގެ ކިބައިން ﷲ عَهْدُ ކަށަވަރު ހިއްޕެވިއެވެ. (زبدة التفسير)) އެމީހުންނަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ކަލޭމެނަށް ދެއްވިތަކެތީގައި ބާރަށް ހިފަހައްޓާށެވެ! އެބަހީ އޭގައިވާގޮތަށް ރަނގަޅަށް عمل ކުރާށެވެ. އަދި އޭގައިވާ ތަކެތި ދަސްކޮށް ހަނދާންބަހައްޓާށެވެ! އެއީ ކަލޭމެން تقوى ވެރިވުމަށެވެ.

Verse 64

ثُمَّ تَوَلَّيْتُم مِّنۢ بَعْدِ ذَٰلِكَ ۖ فَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَكُنتُم مِّنَ ٱلْخَـٰسِرِينَ

Transliteration thumma tawallaytum min baʿdi dhālika falawlā faḍlu l-lahi ʿalaykum waraḥmatuhu lakuntum mina l-khāsirīna

Dhivehi ދެންވެސް (އެބަހީ އެފަދަ ބޮޑު عَهْدُ ކަށަވަރަށްފަހުވެސް) ކަލޭމެން އެނބުރި ފުރަގަސްދީފީމުއެވެ. (ބަސްއަހައި عمل ނުކުރީމުއެވެ.) ފަހެ ކަލޭމެންގެމައްޗަށް ﷲ ގެ فَضل ވަންތަކަމާއި އެކަލާނގެ رحمة ނުވާނަމަ ހަމަކަށަވަރުން ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިން ކަލޭމެން ވެއްޖައީހެވެ.

Verse 65

وَلَقَدْ عَلِمْتُمُ ٱلَّذِينَ ٱعْتَدَوْا۟ مِنكُمْ فِى ٱلسَّبْتِ فَقُلْنَا لَهُمْ كُونُوا۟ قِرَدَةً خَـٰسِـِٔينَ

Transliteration walaqad ʿalim'tumu alladhīna iʿ'tadaw minkum fī l-sabti faqul'nā lahum kūnū qiradatan khāsiīna

Dhivehi އަދި ހަމަކަށަވަރުން ހޮނިހިރުދުވަހުގައި ހައްދުފަހަނަޅައިގެންދިޔަމީހުން (އެދުވަހު ކެއޮޅުކަންކޮށް ހައްދުފަހަނަޅައި ދިޔަމީހުން) ކަލޭމެނަށް ރަނގަޅަށް އެނގޭނެއެވެ. ފަހެ ނިކަމެތިވެ ދެރަވެގެންވާ ރަމާމަކުނުތަކަކަށް ކަލޭމެންވާށޭ އެމީހުންނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. (އެމީހުން ރާމާމަކުނުތަކަކަށް ބަދަލުކުރެއްވީމެވެ.)

Verse 66

فَجَعَلْنَـٰهَا نَكَـٰلًا لِّمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِّلْمُتَّقِينَ

Transliteration fajaʿalnāhā nakālan limā bayna yadayhā wamā khalfahā wamawʿiẓatan lil'muttaqīna

Dhivehi އަދި އެކަމަކީ (އެބަހީ އެމީހުން ރަމާމަކުނަށް ބަދަލުކުރެއްވުން) ތިމަންރަސްކަލާނގެ ލެއްވީ ފަހުން އަންނަމީހުންނަށާ އޭރުތިބި މީހުންނަށްވާ عُقُوبَة އަކަށެވެ. عِبْرَة އަކަށެވެ. އެފަދަ ނުކިޔަމަންތެރިކަން ހިންގާ އެހެންމީހުންނަށްވެސް އެފަދަ عَذَاب ދެއްވައިފާނެކަން އެންގެވުމަށެވެ. އަދި تَقْوى ވެރިންނަށްވާ وَعْظ އާއި ނަސޭހަތަކަށެވެ.

Verse 67

وَإِذْ قَالَ مُوسَىٰ لِقَوْمِهِۦٓ إِنَّ ٱللَّهَ يَأْمُرُكُمْ أَن تَذْبَحُوا۟ بَقَرَةً ۖ قَالُوٓا۟ أَتَتَّخِذُنَا هُزُوًا ۖ قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَـٰهِلِينَ

Transliteration wa-idh qāla mūsā liqawmihi inna l-laha yamurukum an tadhbaḥū baqaratan qālū atattakhidhunā huzuwan qāla aʿūdhu bil-lahi an akūna mina l-jāhilīna

Dhivehi އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު ހަނދުމަފުޅު ކުރައްވާށެވެ! (އެކަލޭގެފާނު ވިދާޅުވިއެވެ.) ހަމަކަށަވަރުން ކަލޭމެން އަންހެން ގެރިއެއް ކަތިލުމަށް ﷲ تعالىކަލޭމެނަށް أمر ކުރައްވައެވެ. އެމީހުން ދެންނެވިއެވެ. ކަލޭގެފާނު އަޅުގަނޑުމެންނަށް މަލާމާތްކުރައްވަނީތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. جَاهِل ންގެތެރެއިން އަހުރެން ނުލެއްވުންއެދި ﷲ ގެ حضرة ން އަހުރެން ރައްކާތެރިކަމާއި حِمَايَة ލިބިގަންނަމެވެ. (އެބަހީ އަހުރެންނަކީ މީހުންނަށް މަލާމާތްކުރާ جَاهِل އެއްނޫނެވެ. މިހެނީ ކަލޭމެންނަށްވެސް ރަނގަޅަށް އެނގޭނޭފަދައިން ތިމަންކަލޭގެފާނަކީ ﷲ ފޮނުއްވި ރަސޫލަކީމެވެ. ރަސޫލުބޭކަލުންނަކީ މީހުންނަށް މަލާމާތްކޮށް ފުރައްސާރަކުރުން އެކަށީގެންވާބައެއްނޫނެވެ.)

Verse 68

قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ لَّا فَارِضٌ وَلَا بِكْرٌ عَوَانٌۢ بَيْنَ ذَٰلِكَ ۖ فَٱفْعَلُوا۟ مَا تُؤْمَرُونَ

Transliteration qālū ud'ʿu lanā rabbaka yubayyin lanā mā hiya qāla innahu yaqūlu innahā baqaratun lā fāriḍun walā bik'run ʿawānun bayna dhālika fa-if'ʿalū mā tu'marūna

Dhivehi އެމީހުން ދެންނެވިއެވެ. އެގެރިޔަކީ ކޮންގެރިއެއްތޯ އަހުރެމެންނަށް بَيَان ކޮށްދެއްވުމަށް ކަލޭގެފާނުންގެ رَبّ އަށް ކަލޭގެފާނު އަހުރެމެންނަށްޓަކައި ދަންނަވައި ދެއްވާ ބައްލަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އެކަލާނގެ وحي ކުރައްވައެވެ. ހަމަކަށަވަރުން އެގެރިއަކީ ދުވަސްވެ މުސްކުޅިވެފައިވާ ގެރިއެއްނޫނެވެ. އަދި بِكْرُ ނުކެނޑޭ ޅަގެރިއެއްވެސް ނޫނެވެ. އެދެމެދުގެ މެދުމިން ގެރިއެކެވެ. ފަހެ ކަލޭމެނަށް أمر ވެވުނުކަންތައް ކަލޭމެން ކުރާށެވެ!

Verse 69

قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ صَفْرَآءُ فَاقِعٌ لَّوْنُهَا تَسُرُّ ٱلنَّـٰظِرِينَ

Transliteration qālū ud'ʿu lanā rabbaka yubayyin lanā mā lawnuhā qāla innahu yaqūlu innahā baqaratun ṣafrāu fāqiʿun lawnuhā tasurru l-nāẓirīna

Dhivehi އެމީހުން ދެންނެވިއެވެ. އެގެރީގެ ކުލަ އެކަލާނގެ އަހުރެމެންނަށް بَيَان ކޮށް ދެއްވުމަށް ކަލޭގެފާނުންގެ رَبّ އަށް ކަލޭގެފާނު އަހުރެމެންނަށްޓަކައި ދަންނަވާ دعاء ކޮށްދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އެކަލާނގެ وحي ކުރައްވައެވެ. ހަމަކަށަވަރުން އެގެރިޔަކީ ރީނދޫކުލަގަދަ ގެރިއެކެވެ. އަދި ބަލާމީހުންގެ ހިތްތަކަށް އުފާވެރިކަން ލިއްބައިދޭ ރީތި ގެރިއެކެވެ.

Verse 70

قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ إِنَّ ٱلْبَقَرَ تَشَـٰبَهَ عَلَيْنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهْتَدُونَ

Transliteration qālū ud'ʿu lanā rabbaka yubayyin lanā mā hiya inna l-baqara tashābaha ʿalaynā wa-innā in shāa l-lahu lamuh'tadūna

Dhivehi އެމީހުން ދެންނެވިއެވެ. އެގެރިޔަކީ ކޮންގެރިއެއްކަން އެކަލާނގެ އަހުރެމެންނަށް بَيَان ކޮށްދެއްވުމަށް ކަލޭގެފާނުންގެ رَبّ އަށް ކަލޭގެފާނު އަހުރެމެންނަށްޓަކައި ދަންނަވާ دعاء ކޮށްދެއްވާށެވެ! ހަމަކަށަވަރުން ތިޔަވިދާޅުވާ ގެރިއެއް އަހުރެމެންނަށް އޮޅިއްޖެއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ ހަމަކަށަވަރުން އަހުރެމެންނަކީ ތިޔަ ކަމުގައި ތެދުމަގު ލިބޭނެ ބަޔަކީމުއެވެ.

Verse 71

قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ لَّا ذَلُولٌ تُثِيرُ ٱلْأَرْضَ وَلَا تَسْقِى ٱلْحَرْثَ مُسَلَّمَةٌ لَّا شِيَةَ فِيهَا ۚ قَالُوا۟ ٱلْـَٔـٰنَ جِئْتَ بِٱلْحَقِّ ۚ فَذَبَحُوهَا وَمَا كَادُوا۟ يَفْعَلُونَ

Transliteration qāla innahu yaqūlu innahā baqaratun lā dhalūlun tuthīru l-arḍa walā tasqī l-ḥartha musallamatun lā shiyata fīhā qālū l-āna ji'ta bil-ḥaqi fadhabaḥūhā wamā kādū yafʿalūna

Dhivehi އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އެކަލާނގެ وحي ކުރައްވައެވެ. އެގެރިއަކީ ދަނޑުގައި ފަސްގަނޑުޖަހަން ގެންގުޅޭ ނިކަމެތި ގެރިއެއްނޫނެވެ. އަދި ދަނޑަށް ފެންދޭން ފެންއުފުލަން ގެންގުޅޭ ގެރިއެއްވެސް ނޫނެވެ. އެފަދަ އެންމެހައި ދެރަ އަދި عَيْب ން ސަލާމަތް ވެގެންވާ ގެރިއެކެވެ. އޭގައި އެއްވެސް ލަފެއް އަދި ދެކުލައެއްގެ ތަންކޮޅެއް ނުވާނެއެވެ. (ސީދާ ގަދަރީނދޫކުލައިގެ ގެރިއެކެވެ.) އެމީހުން ދެންނެވިއެވެ. ކަލޭގެފާނު މިހާރު حقّ ތެދުގޮތުގައި އެގެރި ބަޔާންކޮށްދެއްވައިފީމުއެވެ. ދެން ފަހެ އެމީހުން އެގެރި ކަތިލައިފިއެވެ. އަދި އެމީހުން އެކަން ކުރުމަށް ގާތްވެސް ނުވެއެވެ. (އެބަހީ އެމީހުން އޭތި ކަތިލީ ކަތިލާހިތަކުން ނޫނެވެ. ނުކަތިލައިވޭތޯ އެތައް ސުވާލެއްކޮށް ދެން އެހެންގޮތެއް ނެތިގެން ކަތިލީއެވެ.)

Verse 72

وَإِذْ قَتَلْتُمْ نَفْسًا فَٱدَّٰرَْٰٔتُمْ فِيهَا ۖ وَٱللَّهُ مُخْرِجٌ مَّا كُنتُمْ تَكْتُمُونَ

Transliteration wa-idh qataltum nafsan fa-iddāratum fīhā wal-lahu mukh'rijun mā kuntum taktumūna

Dhivehi އޭ بَنِي إسْرَائيلއެވެ! ޔަހޫދީންނޭވެ! ކަލޭމެންގެ މީހަކު، މީހަކު މެރިހިނދުން ކަލޭމެންގެ މެދުގައި އެމީހާ މެރީ ކާކުކަމާމެދު އަރައިރުންވެ ޒުވާބުވިއެވެ. އަދި ﷲ އީ ކަލޭމެން ވަންހަނާކުރާހާކަމެއް ނެރުއްވާ ފާޅުކުރައްވާނެ ކަލާނގެއެވެ.

Verse 73

فَقُلْنَا ٱضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْىِ ٱللَّهُ ٱلْمَوْتَىٰ وَيُرِيكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَعْقِلُونَ

Transliteration faqul'nā iḍ'ribūhu bibaʿḍihā kadhālika yuḥ'yī l-lahu l-mawtā wayurīkum āyātihi laʿallakum taʿqilūna

Dhivehi ފަހެ ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ކަލޭމެން އޭނާގައި (އެބަހީ އެމަރުވީމީހާގެ ގައިގަ) އޭގެ އެބަހީ އެގެރީގެ ކޮންމެވެސް ބަޔަކުން ޖަހައިލާށެވެ! (ދެން އެމީހުން އެގެރި ކަތިލައި އެގެރީގެ ކޮންމެވެސް ތަނަކުން މާކަޅުވާމަހުން ނުވަތަ ބޮނބިފަޅިން ނުވަތަ ދުލުން... والله أعلم މަރުވެފައި އެވާމީހާގެ ގައިގާ ޖަހައިލުމުން އެމީހާ ދިރިގެން ތެދުވެ އެމީހާ މަރައިލިމީހާގެ خبر ދީފައި އަލުންވެސް އިހުއޮތްގޮތަށް މަރުވީއެވެ. ދެން ﷲ އެ އަންގަވަނީ) މަރުވެފައިވާތަކެތި ﷲ تعالى (قيامة އަށްޓަކައި) ދިރުއްވާނީ އެފަދައިންނެވެ. އަދި ކަލޭމެން ބުއްދިކޮށް ވިސްނާ فِكر ކުރުމަށްޓަކައި އެކަލާނގެ (އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ) دليل ތަކާއި ހެކިތައް ކަލޭމެނަށް އެކަލާނގެ ދައްކަވައެވެ.

Verse 74

ثُمَّ قَسَتْ قُلُوبُكُم مِّنۢ بَعْدِ ذَٰلِكَ فَهِىَ كَٱلْحِجَارَةِ أَوْ أَشَدُّ قَسْوَةً ۚ وَإِنَّ مِنَ ٱلْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ ٱلْأَنْهَـٰرُ ۚ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ ٱلْمَآءُ ۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ ٱللَّهِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ

Transliteration thumma qasat qulūbukum min baʿdi dhālika fahiya kal-ḥijārati aw ashaddu qaswatan wa-inna mina l-ḥijārati lamā yatafajjaru min'hu l-anhāru wa-inna min'hā lamā yashaqqaqu fayakhruju min'hu l-māu wa-inna min'hā lamā yahbiṭu min khashyati l-lahi wamā l-lahu bighāfilin ʿammā taʿmalūna

Dhivehi ދެން އެއަށްފަހު (އެބަހީ އެބޮޑު مُعْجِزَة އަށްފަހުވެސް) ކަލޭމެންގެ ހިތްތައް ހަރުވެ ގާވެއްޖެއެވެ. އެހިތްތައް ހިލަފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަށިވެއްޖެއެވެ. އެހެނީ ހަމަކަށަވަރުން ހިލައިގެތެރޭގައިވެސް ހިލަގަނޑު ފެޅިގެން އެއިން އާރުތައް ދެމޭހިލަވެއެވެ. އަދި ހަމަކަށަވަރުން އޭގެތެރޭގައި އެހިލަ ކުދިކުދިވެ ފަޅަފަޅައިގެންގޮސް އެއިން ފެންނުކުންނަ ހިލަވެއެވެ. އަދި ހަމަކަށަވަރުން އޭގެތެރޭގައި ﷲ އަށް ބިރުންވެއްޓޭ ހިލަވެއެވެ. އަދި ކަލޭމެން ކުރާކަންތައްތަކުން غَافِلُ ވެ ވޮޑިގެންވާ ކަލަކުކަމުގައި ﷲ ނުވެއެވެ.

Verse 75

۞ أَفَتَطْمَعُونَ أَن يُؤْمِنُوا۟ لَكُمْ وَقَدْ كَانَ فَرِيقٌ مِّنْهُمْ يَسْمَعُونَ كَلَـٰمَ ٱللَّهِ ثُمَّ يُحَرِّفُونَهُۥ مِنۢ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ

Transliteration afataṭmaʿūna an yu'minū lakum waqad kāna farīqun min'hum yasmaʿūna kalāma l-lahi thumma yuḥarrifūnahu min baʿdi mā ʿaqalūhu wahum yaʿlamūna

Dhivehi (އޭ محمّد ﷺ އަށް އީމާންވެގެންވާ مُؤمن ންނޭވެ!) ކަލޭމެން ފަހެ އެމީހުން (އެބަހީ بَنِي إسْرَائيل ގެ يهودي ން) ކަލޭމެން ތެދުކޮށް ކަލޭމެނާ އެއްގާންޏަށް އެރުމަށް (ދެބައިމީހުން އެކައްޗެއްކިއުމަށް) ކަލޭމެން ދަހިވެތިވަނީހެއްޔެވެ؟ (އެކަމަކު އެމީހުންގެ ކަންހުރިގޮތް ނިކަން ދެކޭށެވެ!) ހަމަކަށަވަރުން އޭގެ އެއްބަޔަކު ﷲ ގެ ބަސްފުޅު އަހާކަމުގައިވިއެވެ. (ﷲ ބާވައިލެއްވި توراة ގެ ބަސްފުޅު އަހާކަމުގައިވެއެވެ.) ދެން އެމީހުންނަށް އެބަސްފުޅު ރަނގަޅަށް ވިސްނި މޭރުންވުމަށްފަހު އެބަސްފުޅު އެމީހުން ބަދަލުކޮށް ހަދާކަމުގައިވިއެވެ. (އެއީ އެމީހުންގެ ތެރޭގައިތިބޭ ބައެއް عَالِمُ ންނެވެ.) އެމީހުން އެކަން އެކުރަނީ އެއީ ކުށެއްކަމާ ބޮޑުނުބައިކަމެއްކަން ރަނގަޅަށް އެނގިތިބެގެންނެވެ. (މިވަރުބަޔަކު ކަލޭމެންގެބަސް ތެދުކުރާނެހެއްޔެވެ؟)

Verse 76

وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَا بَعْضُهُمْ إِلَىٰ بَعْضٍ قَالُوٓا۟ أَتُحَدِّثُونَهُم بِمَا فَتَحَ ٱللَّهُ عَلَيْكُمْ لِيُحَآجُّوكُم بِهِۦ عِندَ رَبِّكُمْ ۚ أَفَلَا تَعْقِلُونَ

Transliteration wa-idhā laqū alladhīna āmanū qālū āmannā wa-idhā khalā baʿḍuhum ilā baʿḍin qālū atuḥaddithūnahum bimā fataḥa l-lahu ʿalaykum liyuḥājjūkum bihi ʿinda rabbikum afalā taʿqilūna

Dhivehi އަދި އެމީހުން - އެބަހީ يهودي ން - (محمّد ގެފާނަށް އީމާންވެގެންވާމީހުންނާ) ބައްދަލުވެއްޖެއްޔާ އެމީހުންގެގާތު މި يهودي ން ބުނާނެއެވެ. އަހުރެމެންވެސް އީމާންވެއްޖައީމުއެވެ. ދެން މި يهودي ން އެމީހުންކަހަލަ އެހެން يهودي ންނާއެކުވެ (އެހެންމީހަކުނެތި) އެކަނިވެއްޖެއްޔާ އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބުނާނެއެވެ. (مؤمن ންނާ ބައްދަލުކޮށް ވާހަކަދެއްކި މީހުންނަށް އަނެއްމީހުން ބުނާނެއެވެ.) ކަލޭމެނަށް ﷲ تعالى ބާވައިލައްވާފައިވާތަކެތި (އެބަހީ توراة ގައި ބާވައިލައްވާފައިވާ محمّدގެފާނުންގެ ސިފަފުޅުތަކާއި އެކަލޭގެފާނުންގެ خبرތައް) ކަލޭމެން އެ مؤمن ންނަށް ކިޔައިދެނީ ހެއްޔެވެ؟ (އޭރުން ވާނެގޮތަކީ) ކަލޭމެންގެ رَبّ ގެ حضرة ގައި އެމީހުން ކަލޭމެންގެމައްޗަށް حُجَة قَائم ކޮށް دليل ދައްކާނީއެވެ. (އޭރުން ކަލޭމެން ދަށުވީއެވެ.) ކަލޭމެން ފަހެ އެއްޗެއްވިސްނާ فِكُرُ ނުކުރަނީހެއްޔެވެ؟ އޭގެޖަވާބުގައި ﷲ تعالى އެއަންގަވަނީ

Verse 77

أَوَلَا يَعْلَمُونَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ

Transliteration awalā yaʿlamūna anna l-laha yaʿlamu mā yusirrūna wamā yuʿ'linūna

Dhivehi އެމީހުން ސިއްރުކުރާ ތަކެއްޗާއި އަދި ފާޅުކުރާތަކެތިވެސް ﷲ تعالى ދެނެވޮޑިގަންނަވާކަން އެމީހުންނަށް ފަހެ ނޭގޭބާވައެވެ.

Verse 78

وَمِنْهُمْ أُمِّيُّونَ لَا يَعْلَمُونَ ٱلْكِتَـٰبَ إِلَّآ أَمَانِىَّ وَإِنْ هُمْ إِلَّا يَظُنُّونَ

Transliteration wamin'hum ummiyyūna lā yaʿlamūna l-kitāba illā amāniyya wa-in hum illā yaẓunnūna

Dhivehi އަދި އެ يهودي ންގެތެރޭގައިވެސް اُمِّىُّ ން ވެއެވެ. އެބަހީ ލިޔެކިޔާން ނޭގޭ މީހުންވެއެވެ. އެމީހުންކުރާ أمِّيدُ ތަކަކާއި އެދޭއެދުންތަކެއްމެނުވީ އެމީހުންނަކަށް ނުވެއެވެ. (އެމީހުންނަށް حقّ ވެގެންނުވާ ކަންތައް ﷲ ގެ حضرة ން ލިބުމަށް أمّيد ކުރާ ބައެކެވެ.) އެމީހުންނަކީ ހަމަ ހީކުރާބަޔަކުކަމުގައި މެނުވީނުވެއެވެ.

Verse 79

فَوَيْلٌ لِّلَّذِينَ يَكْتُبُونَ ٱلْكِتَـٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَـٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًا قَلِيلًا ۖ فَوَيْلٌ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ

Transliteration fawaylun lilladhīna yaktubūna l-kitāba bi-aydīhim thumma yaqūlūna hādhā min ʿindi l-lahi liyashtarū bihi thamanan qalīlan fawaylun lahum mimmā katabat aydīhim wawaylun lahum mimmā yaksibūna

Dhivehi ފަހެ ތިމާމެންގެ އަތްތަކުން ފޮތްލިޔެފައި މިއީ ﷲ ގެ حضرة ން ބާވައިލެއްވި ފޮތެކޭ ބުނާމީހުންނަށް ނަރަކައިގެ ގަދަ عَذَاب ހުއްޓެވެ. (އެފަދަ މީހުންވެސް އެ يهودي ންގެ ތެރޭގައިވެއެވެ.) އެމީހުން އެގޮތަށް ކަންތައް އެކުރަނީ ކުޑައަގަކަށް އެވިއްކައިލުމަށެވެ. (ދުންޔަވީ ކުޑަކުޑަ ފައިދާއަކަށްޓަކައި ﷲ ގެ ފޮތް ބަދަލުކޮށް حكم ތައް އޮޅުވަނީއެވެ.) ފަހެ އެމީހުންގެ އަތްތަކުން އެމީހުން އެލިއުނުތަކެތީގެ ސަބަބުން އެމީހުންނަށް وَيْلُ ހުއްޓެވެ. އަދި އެމީހުން އެ ހޯދައިގަތް ތަކެތީގެ ސަބަބުން އެމީހުންނަށް ނަރަކައިގެ ގަދަ عَذَاب ހުއްޓެވެ.

Verse 80

وَقَالُوا۟ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًا مَّعْدُودَةً ۚ قُلْ أَتَّخَذْتُمْ عِندَ ٱللَّهِ عَهْدًا فَلَن يُخْلِفَ ٱللَّهُ عَهْدَهُۥٓ ۖ أَمْ تَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ

Transliteration waqālū lan tamassanā l-nāru illā ayyāman maʿdūdatan qul attakhadhtum ʿinda l-lahi ʿahdan falan yukh'lifa l-lahu ʿahdahu am taqūlūna ʿalā l-lahi mā lā taʿlamūna

Dhivehi އަދި އެމީހުން ބުންޏެވެ. ކަނޑައެޅި عَدَدُ ވެގެންވާ ކުޑަދުވަސްކޮޅަކުމެނުވީ އަހުރެމެން ގައިގާ އަލިފާން ނުބީހޭނެއެވެ. (އެއީ އަހުރެމެން ޅަގެރިއަށް އަޅުކަންކުރި މުއްދަތަށެވެ. އެއީ ސާޅީސް ދުވަހެވެ. ދެން އެނިމުނީއެވެ.) އޭ رَسُول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަގޮތުގެމައްޗަށް ކަލޭމެން ﷲ ގެ حضرة ގައި عَهْدُ އެއްކޮށް އެގްރީމެންޓެއްވެފައިވަނީހެއްޔެވެ؟ ފަހެ އެހެންކަމަށްވަންޏާ ﷲ تعالى އެކަލާނގެ عهد އާއި خلاف ވެ ވޮޑިނުގަންނަވާނެއެވެ. ނުވަތަ ކަލޭމެންނަށް ނޭގޭ ކަންތައް ﷲ تعالى ގެ މައްޗަށް ކަލޭމެން ބުނަނީހެއްޔެވެ؟

Verse 81

بَلَىٰ مَن كَسَبَ سَيِّئَةً وَأَحَـٰطَتْ بِهِۦ خَطِيٓـَٔتُهُۥ فَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ

Transliteration balā man kasaba sayyi-atan wa-aḥāṭat bihi khaṭīatuhu fa-ulāika aṣḥābu l-nāri hum fīhā khālidūna

Dhivehi އާއެކެވެ! (އެމީހުން ﷲ ގެމައްޗަށް ދޮގުހަދަނީއެވެ.) ނުބައިކަންތައްކުރާމީހާ އަދި އޭނާގެ ކުށާއި ނުބައި އޭނާ ލާވަށައިލައިފިމީހުން ދަންނައެވެ! އެމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ އެތާގައެވެ.

Verse 82

وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ

Transliteration wa-alladhīna āmanū waʿamilū l-ṣāliḥāti ulāika aṣḥābu l-janati hum fīhā khālidūna

Dhivehi އަދި އީމާންވެގެން صالح عمل ކުރިމީހުން ދަންނައެވެ! އެމީހުންނަކީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ އެތާގައެވެ.

Verse 83

وَإِذْ أَخَذْنَا مِيثَـٰقَ بَنِىٓ إِسْرَٰٓءِيلَ لَا تَعْبُدُونَ إِلَّا ٱللَّهَ وَبِٱلْوَٰلِدَيْنِ إِحْسَانًا وَذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَقُولُوا۟ لِلنَّاسِ حُسْنًا وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ

Transliteration wa-idh akhadhnā mīthāqa banī is'rāīla lā taʿbudūna illā l-laha wabil-wālidayni iḥ'sānan wadhī l-qur'bā wal-yatāmā wal-masākīni waqūlū lilnnāsi ḥus'nan wa-aqīmū l-ṣalata waātū l-zakata thumma tawallaytum illā qalīlan minkum wa-antum muʿ'riḍūna

Dhivehi އަދި ތިމަންރަސްކަލާނގެ بَنِي إسْرَائيل ންގެކިބައިން عَهْد ކަށަވަރު ހިތްޕެވިހިނދު (ހަނދާންކޮށް ބަލާށެވެ!) އެ عَهْد ކަށަވަރަކީ: ކަލޭމެން ﷲ އަށްމެނުވީ އަޅުކަން ނުކުރާށެވެ! އަދި މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި يَتِيم ންނަށާއި އަދި مِسْكِيْنُ ންނަށް إحْسَان ތެރިވާށެވެ! އަދި މީސްތަކުންނަށް ކަލޭމެން ރަނގަޅު ހެޔޮބަސްބުނާށެވެ. އަދި ކަލޭމެން ނަމާދު قَائم ކުރާށެވެ! އަދި ކަލޭމެން ޒަކާތްދޭށެވެ! (މިކަންކަމުގެ މައްޗަށް عَهْد ކަށަވަރު ހިފުމަށްފަހު) ދެން ކަލޭމެންކުރެ މަދުބަޔަކުމެނުވީ އެކަމަށް ފުރަގަސްދީފީމުއެވެ. އެއީ އެކަމުން ކަލޭމެން ދުރުވެގަންނަ حال ގައެވެ.

Verse 84

وَإِذْ أَخَذْنَا مِيثَـٰقَكُمْ لَا تَسْفِكُونَ دِمَآءَكُمْ وَلَا تُخْرِجُونَ أَنفُسَكُم مِّن دِيَـٰرِكُمْ ثُمَّ أَقْرَرْتُمْ وَأَنتُمْ تَشْهَدُونَ

Transliteration wa-idh akhadhnā mīthāqakum lā tasfikūna dimāakum walā tukh'rijūna anfusakum min diyārikum thumma aqrartum wa-antum tashhadūna

Dhivehi އަދި ތިމަންރަސްކަލާނގެ ކަލޭމެންގެ (بَني إسْرائيل ންގެ) ކިބައިން عَهْد ކަށަވަރު ހިތްޕެވިހިނދު (ހަނދާންކުރާށެވެ!) އެއީ ކަލޭމެން ކަލޭމެންގެ ލެއި ނުއޮހޮރުވުމަށާއި އަދި ކަލޭމެން ކަލޭމެންގެ ގޮވަތިގެދޮރުތަކުން ނުނެރުމަށެވެ. އެބަހީ ކަލޭމެން އެއްބަޔަކު އަނެއްބަޔެއްގެ ލެއި ނުއޮހޮރުވުމަށާއި އެއްބަޔަކު އަނެއްބައެއްގެ ގޯތިގެދޮރުން ނުނެރުމަށެވެ. ދެން ކަލޭމެން ރަނގަޅަށް ހެކިވެތިބެ އެކަމަށް إقْرار ވެ އެއްބަސްވީމުއެވެ.

Verse 85

ثُمَّ أَنتُمْ هَـٰٓؤُلَآءِ تَقْتُلُونَ أَنفُسَكُمْ وَتُخْرِجُونَ فَرِيقًا مِّنكُم مِّن دِيَـٰرِهِمْ تَظَـٰهَرُونَ عَلَيْهِم بِٱلْإِثْمِ وَٱلْعُدْوَٰنِ وَإِن يَأْتُوكُمْ أُسَـٰرَىٰ تُفَـٰدُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ ۚ أَفَتُؤْمِنُونَ بِبَعْضِ ٱلْكِتَـٰبِ وَتَكْفُرُونَ بِبَعْضٍ ۚ فَمَا جَزَآءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْىٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَيَوْمَ ٱلْقِيَـٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلْعَذَابِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ

Transliteration thumma antum hāulāi taqtulūna anfusakum watukh'rijūna farīqan minkum min diyārihim taẓāharūna ʿalayhim bil-ith'mi wal-ʿud'wāni wa-in yatūkum usārā tufādūhum wahuwa muḥarramun ʿalaykum ikh'rājuhum afatu'minūna bibaʿḍi l-kitābi watakfurūna bibaʿḍin famā jazāu man yafʿalu dhālika minkum illā khiz'yun fī l-ḥayati l-dun'yā wayawma l-qiyāmati yuraddūna ilā ashaddi l-ʿadhābi wamā l-lahu bighāfilin ʿammā taʿmalūna

Dhivehi އޭ މިތިބަމީހުންނޭވެ! ދެން ކަލޭމެން އެއްބަޔަކު އަނެއްބައެއް މަރައި އަދި ކަލޭމެންކުރެ އެއްބަޔަކު އަނެއްބަޔަކު އެމީހުންގެ ގޮވަތި ގެދޮރުން ނެރެ ހަދަނީއެވެ. ފާފަވެރިވެވޭނޭގޮތުންނާއި عَدَاوة ތެރިވެވޭނޭގޮތުން ކަލޭމެން އެމީހުންނަށް އެކަންކުރުމަށް އެހީވެ ވާގިވެސް ދެނީއެވެ. އަދި ކަލޭމެންގެގާތަށް أسِيْرُ ންގެގޮތުގައި އެމީހުން ގެނެވިއްޖެއްޔާ ކަލޭމެން އެމީހުންގެ فِدْيَة ހިފަނީއެވެ. އަދި އެމީހުން ގޮވަތި ގެދޮރުން ނެރުމަކީ ކަލޭމެންގެމައްޗަށް ކަނޑައެޅިގެންވާ حَرَام ކަމެކެވެ. އަޅެ ފަހެ ކަލޭމެން ފޮތުގެ އެއްބަޔަށް إيمان ވެފައި އަނެއްބަޔަށް ކަލޭމެން ކާފަރުވަނީހެއްޔެވެ؟ ފަހެ ކަލޭމެންކުރެ އެފަދަ ކަންތައްކުރާމީހުންގެ جَزَاء އެއް ކަމުގައި ދުނިޔޭގައި ދެރަނިކަމެތިކަންމެނުވީ ނުވެއެވެ. އަދި قِيَامة ދުވަހުން އެންމެގަދަ عَذَاب އަށް އެމީހުން ރައްދުކުރެވޭހުއްޓެވެ. އަދި ކަލޭމެންކުރާ ކަންތައްތަކުން ﷲ تعالى غَافِلُ ވެވޮޑިގެން ނުވެއެވެ.

Verse 86

أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْـَٔاخِرَةِ ۖ فَلَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنصَرُونَ

Transliteration ulāika alladhīna ish'tarawū l-ḥayata l-dun'yā bil-ākhirati falā yukhaffafu ʿanhumu l-ʿadhābu walā hum yunṣarūna

Dhivehi ކަނޑައެޅިގެން އެމީހުން އެއީ آخرة ގެ حَيَاة ދީފާ ދުނިޔޭގެ حَيَاة ގަތްބައެކެވެ. (آخرة ދުވަހުން އެމީހުންނަށް އެއްވެސް ނަސީބެއްނެތެވެ.) ފަހެ އެމީހުންގެކިބައިން آخرة ދުވަހުން عَذَاب ލުއިނުވެވޭ ހުއްޓެވެ. އަދި نصر ލިބޭނޭބަޔަކު ކަމުގައިވެސް އެމީހުން ނުވެއެވެ.

Verse 87

وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَقَفَّيْنَا مِنۢ بَعْدِهِۦ بِٱلرُّسُلِ ۖ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَـٰتِ وَأَيَّدْنَـٰهُ بِرُوحِ ٱلْقُدُسِ ۗ أَفَكُلَّمَا جَآءَكُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُكُمُ ٱسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ

Transliteration walaqad ātaynā mūsā l-kitāba waqaffaynā min baʿdihi bil-rusuli waātaynā ʿīsā ib'na maryama l-bayināti wa-ayyadnāhu birūḥi l-qudusi afakullamā jāakum rasūlun bimā lā tahwā anfusukumu is'takbartum fafarīqan kadhabtum wafarīqan taqtulūna

Dhivehi އަދި ހަމަކަށަވަރުން موسى (عليه السّلام) އަށް ތިމަންރަސްކަލާނގެ ފޮތްދެއްވީމެވެ. (توراة ދެއްވީމެވެ.) އަދި އެކަލޭގެފާނަށްފަހު އެކަލޭގެފާނާ ވިއްދައިގެން އެތައް رَسُول ބޭކަލުންނެއް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. (توراة ގައިވާ شريعة ގެމައްޗަށެވެ.) އަދި مريم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام) އަށް بَيَان ވެގެންވާ دليل ތިމަންރަސްކަލާނގެ ދެއްވީމެވެ. (އެއީ އެކަލޭގެފާނުންގެ رَسُول ކަން ތެދުކަމުގެމައްޗަށް دليل ކުރާ معجزة ތަކެވެ.) އަދި جبيرل عليه السّلام މެދުވެރިކުރައްވައި އެކަލޭގެފާނަށް نصر ދެއްވައި ގަދަކަން ދެއްވީމެވެ. (އޭ يهودي ންނޭވެ!) ފަހެ ކަލޭމެންގެ هَوَى نفس ނޭދޭކަމަކާއިގެން رَسُول ބޭކަލަކު ވަޑައިގެންނެވި ކޮންމެހިނދެއްގައި ކަލޭމެން ބޮޑާވެ كِبْرُ ވެރިވާންވީހެއްޔެވެ؟ ދެން އަދި ކަލޭމެން އެތަނުން އެއްބައިބޭކަލުން ދޮގުކޮށް އަދި ކަލޭމެން އަނެއްބައިބޭކަލުން މަރަންވީހެއްޔެވެ؟

Verse 88

وَقَالُوا۟ قُلُوبُنَا غُلْفٌۢ ۚ بَل لَّعَنَهُمُ ٱللَّهُ بِكُفْرِهِمْ فَقَلِيلًا مَّا يُؤْمِنُونَ

Transliteration waqālū qulūbunā ghul'fun bal laʿanahumu l-lahu bikuf'rihim faqalīlan mā yu'minūna

Dhivehi އަދި އެމީހުން ބުންޏެވެ. އަހުރެމެންގެ ހިތްތައް މިވަނީ އެއްޗެއް ނުވިސްނޭނޭ ގޮތުން ބަންދުވެ އުރަލެވިފައެވެ. އަދި ކިއެއްހެއްޔެވެ؟ އެހެންނޫނެވެ! އެމީހުންގެ ކާފަރުކަމުގެ ސަބަބުން ﷲ އެމީހުންނަށް لَعْنَة ލެއްވީއެވެ. ފަހެ އެމީހުން އީމާންވަނީ ދާދި މަދުމިންވަރަކަށެވެ. / ނުވަތަ އެމީހުންކުރެ އީމާންވަނީ މަދުބައެކެވެ.

Verse 89

وَلَمَّا جَآءَهُمْ كِتَـٰبٌ مِّنْ عِندِ ٱللَّهِ مُصَدِّقٌ لِّمَا مَعَهُمْ وَكَانُوا۟ مِن قَبْلُ يَسْتَفْتِحُونَ عَلَى ٱلَّذِينَ كَفَرُوا۟ فَلَمَّا جَآءَهُم مَّا عَرَفُوا۟ كَفَرُوا۟ بِهِۦ ۚ فَلَعْنَةُ ٱللَّهِ عَلَى ٱلْكَـٰفِرِينَ

Transliteration walammā jāahum kitābun min ʿindi l-lahi muṣaddiqun limā maʿahum wakānū min qablu yastaftiḥūna ʿalā alladhīna kafarū falammā jāahum mā ʿarafū kafarū bihi falaʿnatu l-lahi ʿalā l-kāfirīna

Dhivehi އަދި އެމީހުންގެ އަތުގައިވާ ފޮތް (تَوراة) ތެދުކުރާ حَال ﷲ ގެ حضرة ން އެމީހުންގެ ގާތަށް ފޮތެއް ބާވައިލެއްވިހިނދުން އެބަހީ ކީރިތި قرآن ބާވައިލެއްވިހިނދުން. އެމީހުން އެފޮތަށް ކާފަރުވީއެވެ. އަދި އެމީހުންވީ އޭގެކުރިން (އެބަހީ محمّد ގެފާނުން رَسُول ކަމާއިގެން ފޮނުއްވުމުގެކުރިން) ކާފަރުންގެ މައްޗަށް نصر އާއި فتح ލިބުން އެދޭކަމުގައެވެ. އަދި އެމީހުން ބުނަނީވެސް "ދާދި އަވަހަކަށް نبيއަކު ވަޑައިގެންފާނެއެވެ. ދެން އޭރުން އަހުރެމެން އެކަލޭގެފާނުންގެ އަރިހުގައި ހަނގުރާމަކޮށް عَاد ގެ މީހުންނާއި إرَم ގެމީހުން މެރިގޮތަށް ކަލޭމެން މަރާނަމުއެވެ." މިއެވެ. އެމީހުން ހީކުރީ އެ نبي ބޭކަލަކުވެސް ވަޑައިގަންނަވާނީ އެމީހުންގެތެރެއިން ކަމަށެވެ.\nދެންފަހެ އެމީހުންގެގާތަށް އެކަލޭގެފާނު އެބަހީ محمّد ގެފާނު رَسُول ކަމާއިގެން ވަޑައިގަތުމުން އެމީހުންނަށް ކުރިންސުރެ އެނގި ބަޔާންވެގެންވާ ކަންތައްތަކަށް ކާފަރުވީއެވެ. محمّد ގެފާނުންގެ رَسُول ކަމަށް ކާފަރުވީއެވެ. ފަހެ ކާފަރުންގެމައްޗަށް ﷲ ގެ لَعْنَة ހުއްޓެވެ.

Verse 90

بِئْسَمَا ٱشْتَرَوْا۟ بِهِۦٓ أَنفُسَهُمْ أَن يَكْفُرُوا۟ بِمَآ أَنزَلَ ٱللَّهُ بَغْيًا أَن يُنَزِّلَ ٱللَّهُ مِن فَضْلِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ فَبَآءُو بِغَضَبٍ عَلَىٰ غَضَبٍ ۚ وَلِلْكَـٰفِرِينَ عَذَابٌ مُّهِينٌ

Transliteration bi'samā ish'taraw bihi anfusahum an yakfurū bimā anzala l-lahu baghyan an yunazzila l-lahu min faḍlihi ʿalā man yashāu min ʿibādihi fabāū bighaḍabin ʿalā ghaḍabin walil'kāfirīna ʿadhābun muhīnun

Dhivehi އެ އެއްޗަކަށް އެމީހުންގެ نَفْسُ ތައް ވިއްކައިލި އެތި ނުބައިވެގެންވެއެވެ. އެއީ އެބަހީ: އެމީހުން ދިން އެއްޗަކީ އެމީހުންގެ ނަފުސުތަކެވެ. އަދި އެމީހުން ގަތްއެއްޗަކީ ﷲ އަށް ކާފަރުވުމެވެ. ﷲ ބާވައިލައްވާ ތަކެއްޗަށް ކާފަރުވުމެވެ. އެއީ ﷲ އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ فَضْلَ ވަންތަކަމުން (وحي) ބާވައިލައްވާތީ އެކަމާ ދެކޮޅުވެރިކަމުގެގޮތުންނެވެ. (އެމީހުން ހީކުރީ ފަހުޒަމާނުގެ نَبي އާ ވަޑައިގަންނަވާނީ އެމީހުންގެ ދަރިކޮޅުންކަމަށެވެ. يهودي ންގެތެރެއިން ކަމަށެވެ. ނަމަވެސް ސީދާ عَرَبِى ންގެ ތެރެއިން އެކަލޭގެފާނުވެފައި يهودي ންގެމީހަކަށް ނުވުމުގެ ސަބަބުން އެމީހުން ދެކޮޅުވެރިވެ އެކަލޭގެފާނަށް حَسَدَ ވެރިވެ ރުޅިވެރިވެ އެކަލޭގެފާނު އަވަހާރަކޮށްލުމަށް މަސައްކަތްކުރީއެވެ.) ދެންފަހެ އެމީހުން އެނބުރިދިޔައީ ކޯފާގެމައްޗަށް ކޯފާޔާއިގެންނެވެ. (އެއީ އެމީހުން ޅަގެރިޔަށް އަޅުކަންކުރިކަމުގެ ކޯފާއާއި އަދި محمّد ގެފާނަށް ކާފަރުވީކަމުގެ ކޯފާއެވެ.) އަދި ކާފަރުންނަށްހުރީ އިހާނާތްތެރިވެގެންވާ عَذَاب އެވެ.

Verse 91

وَإِذَا قِيلَ لَهُمْ ءَامِنُوا۟ بِمَآ أَنزَلَ ٱللَّهُ قَالُوا۟ نُؤْمِنُ بِمَآ أُنزِلَ عَلَيْنَا وَيَكْفُرُونَ بِمَا وَرَآءَهُۥ وَهُوَ ٱلْحَقُّ مُصَدِّقًا لِّمَا مَعَهُمْ ۗ قُلْ فَلِمَ تَقْتُلُونَ أَنۢبِيَآءَ ٱللَّهِ مِن قَبْلُ إِن كُنتُم مُّؤْمِنِينَ

Transliteration wa-idhā qīla lahum āminū bimā anzala l-lahu qālū nu'minu bimā unzila ʿalaynā wayakfurūna bimā warāahu wahuwa l-ḥaqu muṣaddiqan limā maʿahum qul falima taqtulūna anbiyāa l-lahi min qablu in kuntum mu'minīna

Dhivehi އަދި ﷲ ބާވައިލެއްވި ތަކެއްޗަށް ކަލޭމެން އީމާންވާށޭ އެމީހުންނަށް ބުނެވިއްޖެއްޔާ (އެބަހީ محمّد ގެފާނަށް ބާވައިލެއްވިތަކެއްޗަށް ކަލޭމެން އީމާންވާށޭ ބުނެވިއްޖެއްޔާ) އެމީހުން ބުނަނީ އަހުރެމެން އީމާންވާނީ އަހުރެމެންގެމައްޗަށް ބާވައިލެއްވުނުތަކެއްޗަށެވެ. (އެބަހީ موسى عليه السّلام އަށް ބާވައިލެއްވި توراة އަށެވެ.) އަދި އޭގެފަހުން ބާވައިލެއްވުނުތަކެއްޗަށް އެމީހުން ކާފަރުވަނީއެވެ. އެބަހީ ކީރިތި قرآن އަށް އެމީހުން ކާފަރުވަނީއެވެ. އެ قرآن އަކީ އެކަމަކު ހަމަ حقّ ތެދެވެ. އަދި އެއީ އެމީހުންގެ އަތުގައިވާ އެތިވެސް އެބަހީ توراة ވެސް ތެދުކުރާ حال ބާވައިލައްވާފައިވާ ފޮތެކެވެ. (އޭ رَسُول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެން ފޮތަށް ކަލޭމެން) އީމާންވާކަމުގައި ކަލޭމެން ބުނާއިރު އެއީ ތެދެއްކަމުގައިވަންޏާ މީގެކުރީގައި ކަލޭމެން ﷲ ފޮނުއްވި نبي ބޭކަލުން قتل ކުރީ ކީއްވެގެންހެއްޔެވެ؟ (ކަލޭމެންނަށް އަމުރުވެވިގެންވަނީ އެބޭކަލުންނަށް އީމާންވެ އެބޭކަލުންނާ تَبَعَ ވުމަށެވެ. ކަލޭމެންގެބަސް ތެދުނަމަ ކަލޭމެން ﷲ ގެ نبي ންނާ رَسُول ންމަރާ ﷲ ގެ أمر ފުޅުތަކަށް ނުކިޔަމަންތެރިވާންވީ ކީއްވެހެއްޔެވެ؟)

Verse 92

۞ وَلَقَدْ جَآءَكُم مُّوسَىٰ بِٱلْبَيِّنَـٰتِ ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَـٰلِمُونَ

Transliteration walaqad jāakum mūsā bil-bayināti thumma ittakhadhtumu l-ʿij'la min baʿdihi wa-antum ẓālimūna

Dhivehi އަދި ހަމަކަށަވަރުން موسى عليه السّلام ބަޔާންވެގެންވާ دليل ތަކާއި معجزة ތަކާއިގެން ކަލޭމެންގާތަށް ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު (مِيْقَات އަށް) ވަޑައިގެންނެވުމަށްފަހު ކަލޭމެން އިލާހެއްކަމުގައި ޅަގެރި إختيار ކޮށް އެއަށް އަޅުކަންކުރީމުއެވެ. އެއީ ކަލޭމެން ކަލޭމެންގެ نفس ތަކަށް އަނިޔާވެރިވެގެންވާ حالގައެވެ. (ދަންނައެވެ! މިއީ قرآن ބާވައިލެއްވިއިރު ތިބި يهودي ންގެ ކާބަފައިންގެ عمل ތައްހުރި ގޮތް މިމީހުންނަށް ހަނދާންކޮށްދެއްވު މެއްވެސް މެއެވެ. والله أعلم)

Verse 93

وَإِذْ أَخَذْنَا مِيثَـٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَـٰكُم بِقُوَّةٍ وَٱسْمَعُوا۟ ۖ قَالُوا۟ سَمِعْنَا وَعَصَيْنَا وَأُشْرِبُوا۟ فِى قُلُوبِهِمُ ٱلْعِجْلَ بِكُفْرِهِمْ ۚ قُلْ بِئْسَمَا يَأْمُرُكُم بِهِۦٓ إِيمَـٰنُكُمْ إِن كُنتُم مُّؤْمِنِينَ

Transliteration wa-idh akhadhnā mīthāqakum warafaʿnā fawqakumu l-ṭūra khudhū mā ātaynākum biquwwatin wa-is'maʿū qālū samiʿ'nā waʿaṣaynā wa-ush'ribū fī qulūbihimu l-ʿij'la bikuf'rihim qul bi'samā yamurukum bihi īmānukum in kuntum mu'minīna

Dhivehi (އޭ بَنِي إِسْرَائيل ގެ يهودي ންނެވެ!) އަދި ތިމަންރަސްކަލާނގެ ކަލޭމެންގެ ކިބައިން (توراة ގައިވާ ފަދައަކުން عمل ކުރުމަށް - أَمر އާއި نهى އަށް ކިޔަމަންތެރިވުމަށް) عَهْدُ ކަށަވަރު ހިތްޕެވިހިނދު ހަނދާންކުރާށެވެ! އަދި ކަލޭމެންގެމައްޗަށް ތިމަންރަސްކަލާނގެ طُوْرُ ފަރުބަދަ އުފުއްލެވީމެވެ. (އަދި ކަލޭމެނަށް އެންގެވީމެވެ.) ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވިތަކެތީގައި ގަދައަށް ހިފާށެވެ. އެބަހީ توراة ގައިވާފަދައަކުން ރަނގަޅަށް عمل ކުރާށެވެ. އަދި ކަލޭމެން ތިމަންރަސްކަލާނގެ أمر ފުޅުތައް އަހައި ކިޔަމަންތެރިވާށެވެ! (ދެންފަހެ އެމީހުން) ދެންނެވިއެވެ. އަޅަމެން އަހައިފީމުއެވެ. އަދި އަޅަމެން އުރެދިއްޖައީމުއެވެ. (އެބަހީ އަޅަމެން އިބަރަސްކަލާނގެ ބަސްފުޅު އަހައިފީމުއެވެ. އަދި އިބަރަސްކަލާނގެ أمر ފުޅަށް އުރެދިއްޖައީމުއެވެ.) އަދި އެމީހުންގެ ހިތްތަކުގައި عِجْل އަށް - (ޅަގެރިއަށް) އަޅުކަންކުރުމުގެ ލޯބި ވަދެ قرار ވެއްޖެއެވެ. (އެއީ އެއްޗެއް ކައިލީމާ ހަށިގަނޑުގެތެރެއަށް އެއެތި ވަދެ ހަމަޖެހިގެންދާ ގޮތަށެވެ.) އެހެން އެވީ އެމީހުންގެ ކާފަރުކަމުގެ ސަބަބުންނެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެންގެ إيمان ކަން އެކަމަކަށް ކަލޭމެންނަށް أمر ކުރާކަންތައް ނުބައިވެގެންވެއެވެ. ކަލޭމެންނަކީ ތެދުބުނާ މީހުންކަމުގައި ވަންޏާއެވެ.

Verse 94

قُلْ إِن كَانَتْ لَكُمُ ٱلدَّارُ ٱلْـَٔاخِرَةُ عِندَ ٱللَّهِ خَالِصَةً مِّن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ

Transliteration qul in kānat lakumu l-dāru l-ākhiratu ʿinda l-lahi khāliṣatan min dūni l-nāsi fatamannawū l-mawta in kuntum ṣādiqīna

Dhivehi (އޭ رَسُول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! آخرة ގެގޮވަތި ﷲ ގެ حضرة ގައި އެހެންމީހުން ފިޔަވައި ކަލޭމެން (يهودي ން) ނަށް خاصّ ވެގެންވަންޏާ ދެން ކަލޭމެން އަވަހަށް މަރުވާން އެދޭށެވެ! ކަލޭމެންނީ ތެދުވެރިންކަމުގައިވަންޏާ (އަވަހަށް އެދޭށެވެ!)

Verse 95

وَلَن يَتَمَنَّوْهُ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ

Transliteration walan yatamannawhu abadan bimā qaddamat aydīhim wal-lahu ʿalīmun bil-ẓālimīna

Dhivehi އަދި އެމީހުންގެ އަތްތައް އިސްކޮށްފައިވާ ކަންތަކުގެ ސަބަބުން - ކުރި ފާފައިގެ ސަބަބުން - ދުވަހަކުވެސް އެމީހުން އެކަމަކަށް ނޭދޭނެއެވެ. މަރުވުމަކަށް ނޭދޭނެއެވެ. އަދި އަނިޔާވެރިންގެ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.

Verse 96

وَلَتَجِدَنَّهُمْ أَحْرَصَ ٱلنَّاسِ عَلَىٰ حَيَوٰةٍ وَمِنَ ٱلَّذِينَ أَشْرَكُوا۟ ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِۦ مِنَ ٱلْعَذَابِ أَن يُعَمَّرَ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ

Transliteration walatajidannahum aḥraṣa l-nāsi ʿalā ḥayatin wamina alladhīna ashrakū yawaddu aḥaduhum law yuʿammaru alfa sanatin wamā huwa bimuzaḥziḥihi mina l-ʿadhābi an yuʿammara wal-lahu baṣīrun bimā yaʿmalūna

Dhivehi (އޭ رَسُول ﷲ އެވެ!) ކަލޭގެފާނު ދެކެވަޑައިގަންނަވާނީ އެމީހުން - އެބަހީ يهودي ންނަކީ ދުނިޔޭގެ حياة އަށް އެންމެ ދަހިވެތި މީހުންކަމުގައެވެ. އަދި ސީދާ مشرك ންނަށްވުރެވެސް (އެމީހުން ދަހިވެތިކަންބޮޑެވެ.) އޭގެތެރެއިން ކޮންމެ މީހަކުވެސް އެއްހާސް އަހަރުގެ عُمُرُ ލިބުމަށް ލޯބިކުރެއެވެ. އަދި (އެމީހުން އެ އެދޭގޮތަށް) عُمُرُ ދިގުވުމަކީ އެމީހުންގެކިބައިން عَذَاب ދުރުވެވޭނޭކަމެއްނޫނެވެ. އަދި އެމީހުންކުރާ ކަންތައްތައް ﷲ ދެކެވޮޑިގެންވެއެވެ. (އެމީހުންގެ عمل ތަކަށް ﷲ ބައްލަވާވޮޑިގެންވެއެވެ. (

Verse 97

قُلْ مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُۥ نَزَّلَهُۥ عَلَىٰ قَلْبِكَ بِإِذْنِ ٱللَّهِ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَهُدًى وَبُشْرَىٰ لِلْمُؤْمِنِينَ

Transliteration qul man kāna ʿaduwwan lijib'rīla fa-innahu nazzalahu ʿalā qalbika bi-idh'ni l-lahi muṣaddiqan limā bayna yadayhi wahudan wabush'rā lil'mu'minīna

Dhivehi (އޭ رَسُول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! جِبْرِيل (عليه السّلام) އަށް عَدُوّ އަކުކަމުގައި ވެއްޖެމީހާ (ދަންނައެވެ! ފަހެ ހަމަކަށަވަރުން އެކަލޭގެފާނަކީ - އެބަހީ جِبْرِيل (عليه السّلام) އަކީ ﷲ ގެ إِذْنَ ފުޅަށް ކަލޭގެފާނުންގެ ހިތްޕުޅަށް އެ قرآن ގެންނެވި ކަލޭގެފާނެވެ. އެއީ އެމީހުން އެބަހީ يهودي ންގެ އަތުގައިވާ ފޮތްވެސް އަދި އޭގެކުރީގެ ފޮތްތައްވެސް ތެދުކުރާ حال ގައިވާ ފޮތެކެވެ. އަދި އެއީ مؤمن ންނަށްވާ ތެދުމަގަކާއި އަދި އުފާވެރިކަމެކެވެ.

Verse 98

مَن كَانَ عَدُوًّا لِّلَّهِ وَمَلَـٰٓئِكَتِهِۦ وَرُسُلِهِۦ وَجِبْرِيلَ وَمِيكَىٰلَ فَإِنَّ ٱللَّهَ عَدُوٌّ لِّلْكَـٰفِرِينَ

Transliteration man kāna ʿaduwwan lillahi wamalāikatihi warusulihi wajib'rīla wamīkāla fa-inna l-laha ʿaduwwun lil'kāfirīna

Dhivehi ﷲ އަށާއި އެކަލާނގެ مَلائكة ބޭކަލުންނަށާއި އެކަލާނގެ رَسُول ންނަށާއި އަދި جِبْرِيل (عليه السّلام) އަށާއި مِيْكَائيل (عليه السّلام) އަށާއި މިއެންމެހައި ފަރާތްތަކަށް عَدَاوة ތެރިވެއްޖެމީހާ ދަންނައެވެ! (އެއީ ކާފަރެކެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ ކާފަރުންގެ عَدَاوة ތެރިޔާއެވެ. • ދަންނައެވެ! މިއާޔަތް ބާވައިލެއްވިކަމުގައިވަނީ يهودي ންނާއިމެދުގައެވެ. އެއީ އެމީހުންނާއި النّبى ﷺ އާއި ދެމެދު އެކަލޭގެފާނުންގެ نَبي ކަމާއިމެދު ހިނގި بحث އެއްގައެވެ. އެމީހުންބުނީ ކަލޭގެފާނަށްވާ وَلِى އަކީ އެބަހީ وحي އާއިގެން ވަޑައިގަންނަވާ ملائكة އަކީ جبريل ކަމަށްވަންޏާ އަހުރެމެން ކަލޭގެފާނަށް تبع އެއް ނުވާނަމެވެ. އެއީ އަހުރެމެންގެ عَدُوّ އެކެވެ. والله أعلم. = زبدة التّفسيرا =

Verse 99

وَلَقَدْ أَنزَلْنَآ إِلَيْكَ ءَايَـٰتٍۭ بَيِّنَـٰتٍ ۖ وَمَا يَكْفُرُ بِهَآ إِلَّا ٱلْفَـٰسِقُونَ

Transliteration walaqad anzalnā ilayka āyātin bayyinātin wamā yakfuru bihā illā l-fāsiqūna

Dhivehi (އޭ رَسُول ﷲ އެވެ!) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބަޔާންވެގެން آية ތަކެއް ބާވައިލެއްވީމެވެ. (އެއީ ކަލޭގެފާނުންގެ رَسُول ކަމުގެ ތެދުކަމުގެމައްޗަށް دليل ކުރާ އާޔަތްތަކެކެވެ. އޭގެތެރޭގައި ކީރިތި قرآن ގައި މިއަންގަވާ އެންމެހައި خبر ތަކާއި ވާހަކަތައްވެއެވެ. خاصّ ކޮށް يَهُودِي ންނާއިބެހޭ ގިނަ خَبَرُ ތައްވެއެވެ. އެ خَبَرُ ތައް އެމީހުންގެ ފޮތުގައިވެސް بيان ވެގެންވާނެއެވެ. އެފަދަ އެފަދަ خبر އަކީ رَسُول ބޭކަލަކަށް މެނުވީ ނޭނގޭނެ خبر އެވެ.) އަދި فَاسِقُ ން މެނުވީ އެ خبر ތަކާއި دليل ތަކަށް ކާފަރު ނުވާނެއެވެ.

Verse 100

أَوَكُلَّمَا عَـٰهَدُوا۟ عَهْدًا نَّبَذَهُۥ فَرِيقٌ مِّنْهُم ۚ بَلْ أَكْثَرُهُمْ لَا يُؤْمِنُونَ

Transliteration awakullamā ʿāhadū ʿahdan nabadhahu farīqun min'hum bal aktharuhum lā yu'minūna

Dhivehi އަދި އެމީހުން عَهْد އެއްކޮށް އެގްރީމެންޓެއް ކުރި ކޮންމެހިނދެއްގައި އެމީހުންކުރެ އެއް جَمَاعَة އެއްގެ ބަޔަކު އެ عَهد އެއް އެއްލައިލަންވީހެއްޔެވެ؟ عَهْد އާއި خلاف ވާންވީހެއްޔެވެ؟ (އެއީ އެމީހުންގެ އާދައެވެ.) އަދި ކިއެއްހެއްޔެވެ؟ އެމީހުންކުރެ ގިނަމީހުން އީމާނެއް ނުވެއެވެ.

Verse 101

وَلَمَّا جَآءَهُمْ رَسُولٌ مِّنْ عِندِ ٱللَّهِ مُصَدِّقٌ لِّمَا مَعَهُمْ نَبَذَ فَرِيقٌ مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ كِتَـٰبَ ٱللَّهِ وَرَآءَ ظُهُورِهِمْ كَأَنَّهُمْ لَا يَعْلَمُونَ

Transliteration walammā jāahum rasūlun min ʿindi l-lahi muṣaddiqun limā maʿahum nabadha farīqun mina alladhīna ūtū l-kitāba kitāba l-lahi warāa ẓuhūrihim ka-annahum lā yaʿlamūna

Dhivehi އަދި އެމީހުންގެ އަތުގައިވާ ފޮތް ތެދުކުރާ حال ﷲ ގެ حضرة ން އެމީހުންގެގާތަށް رَسُول ބޭކަލަކު ވަޑައިގެންނެވިހިނދު - އެބަހީ محمّد ﷺ - رَسُول ކަމާއިގެން ވަޑައިގެންނެވިހިނދުން ކުރިން ފޮތް ދެއްވުނު މީހުންކުރެ އެއްބަޔަކު ﷲ ގެފޮތް - އެބަހީ توراة - އެމީހުންގެ ފުރަގަހަށް އެއްލައިލައިފިއެވެ. އެމީހުން އެފޮތް ނުވެސް ދަންނަކަހަލައެވެ. (އެފޮތުގައިވެސް އެކަލޭގެފާނުންގެ ބައެއް خبر ވެއެވެ.)\n• ދަންނައެވެ. محمّد ﷺ ވަޑައިގަތުމުން އެކަލޭގެފާނަށް يهودي ންގެ އޭރުތިބި މީހުން حَسَدَ ވެރިވެ އެކަލޭގެފާނުން އަވަހާރަކޮށްލަން އެމީހުން އެކިގޮތްގޮތަށް އެކިފަހަރުފަހަރު އުޅުނުކަމުގެ ވާހަކަ ﷲ تعالى އެކަލާނގެ މާތް قرآن ގައި އަންގަވާފައިވެއެވެ. އޭގެ އެއް وَاقِعَة އެވަނީ حَشْر ސޫރަތުގެ ކުރީކޮޅުގެ އާޔަތްތަކުގައި بَيَان ކުރައްވާފައެވެ. އެއީ بَنُوا النّضِيْر ވަންހައިގެ މީހުންގެ ވާހަކައެވެ. والله أعلم.

Verse 102

وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَـٰطِينُ عَلَىٰ مُلْكِ سُلَيْمَـٰنَ ۖ وَمَا كَفَرَ سُلَيْمَـٰنُ وَلَـٰكِنَّ ٱلشَّيَـٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَـٰرُوتَ وَمَـٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍ ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ لَوْ كَانُوا۟ يَعْلَمُونَ

Transliteration wa-ittabaʿū mā tatlū l-shayāṭīnu ʿalā mul'ki sulaymāna wamā kafara sulaymānu walākinna l-shayāṭīna kafarū yuʿallimūna l-nāsa l-siḥ'ra wamā unzila ʿalā l-malakayni bibābila hārūta wamārūta wamā yuʿallimāni min aḥadin ḥattā yaqūlā innamā naḥnu fit'natun falā takfur fayataʿallamūna min'humā mā yufarriqūna bihi bayna l-mari wazawjihi wamā hum biḍārrīna bihi min aḥadin illā bi-idh'ni l-lahi wayataʿallamūna mā yaḍurruhum walā yanfaʿuhum walaqad ʿalimū lamani ish'tarāhu mā lahu fī l-ākhirati min khalāqin walabi'sa mā sharaw bihi anfusahum law kānū yaʿlamūna

Dhivehi އަދި އެމީހުން يعني يهودي ން سُلَيْمَانُ (عليه السّلام) ގެ ވެރިކަމާއިމެދު ން ދެއްކި ވާހަކަތަކާއި تَبَعَ ވީއެވެ. އަދި سُلَيْمَانُ (عليه السّلام) ކާފަރުވެވަޑައިނުގަންނަވައެވެ. އަދި އެކަމަކު ޝައިތާނުންތައް ކާފަރުވީއެވެ. އެސޮރުމެން މީސްތަކުންނަށް سحر އުގަންނައިދެއެވެ. އަދި بَابِلُ ކަރައަށް ވަޑައިގެންނެވި ދެ ملائكة ންކަމުގައިވާ هَارُوت އާއި مَارُوت އާއި ދެބޭކަލުންގެމައްޗަށް ބާވައިލެއްވުނު ތަކެތިވެސް އެސޮރުމެން މީސްތަކުންނަށް އުގަންނައިދެނީއެވެ. އަދި އެދެބޭކަލުން މީސްތަކުންނަށް އެތަކެތި އުގަންނަވައިދެއްވިއިރު "ތިމަންބޭކަލުން މިއުގަންނައިދޭ ތަކެއްޗަކީ فتنة އެކޭ މިއީ إمتحان އެކޭ މިދަސްކޮށްގެން ކަލޭ ކާފަރުނުވާށޭ"! މިހެން ވިދާޅުވެފައިމެނުވީ އެއްވެސްމީހަކަށް އެއްވެސް އެއްޗެއް އެދެބޭކަލުން އުގަންނައިނުދެއްވާކަމުގައިވިއެވެ. ދެންފަހެ އެމީހުން އެދެބޭކަލުންގެ އަރިހުން ފިރިމީހާއާއި އަނބިމީހާއާއި ދެމީހުން ދުރުކޮށް ވަކިކުރާނޭ ތަކެތި އުގެނުނެވެ. އިސްތިރި ވަރިތޮޅި އުގެނުނެވެ. އަދި އެދެބޭކަލުން ދަސްކޮށްދެއްވި ތަކެތީގެތެރޭގައި މީގެއިތުރުން سِحْر އާއި مُعْجِزَة އާއި ވަކިކުރާނެތަކެތިވެސް ވާކަމުގައިވިއެވެ. والله أعلم. އަދި އެބޭކަލުންގެ އަރިހުން އެތަކެތި ދަސްކުރިމީހުންނަށްވެސް އެތަކެތީން މީހަކަށް ގެއްލުމެއްދީ އުނދަގުލެއްދީ އުނދަގުލެއްކުރެވޭނޭކަމުގައި ﷲ ގެ اِذْنَ ފުޅަށްމެނުވީ ނުވެއެވެ. އެމީހުން އެދަސްކުރާތަކެއްޗަކީ އެމީހުންނަށް مَنْفَعَ އެއް ނުކުރާ އަދި ގެއްލުންކުރާ ތަކެތިކަމުގައިވިއެވެ. އެބަހީ آخرة ގައި އެމީހުންނަށް ހުރީ އެއިން ގެއްލުމާ ހަލާކެވެ. އެ عِلْمُ ން عمل ކޮށް سِحْر ގެ ފަންނުތަކުން ބާވަތެއް ބޭނުންކުރިމީހާއަށް آخرة ދުވަހުން އެއްވެސް ހެޔޮ نَصِيْب އެއް އަދި ސަލާމަތެއް ނެތްކަން ރަނގަޅަށް އެމީހުންނަށް އެނގިއްޖެއެވެ. އަދި ހަމަކަށަވަރުން އެމީހުންގެ ހަށިގަނޑުތައް އެއެއްޗަކަށް ވިއްކިއެތި ނުބައިވެގެންވެއެވެ. އެބަހީ އެމީހުންގެ ހަށިގަނޑުތައް ﷲ ގެ عَذَاب އަށް ދޫކޮށް އޭގެ ބަދަލުގައި އެމީހުން އެހޯދިއެތި ނުބައިވެގެންވެއެވެ. އެއީ سِحْر ހެދުމާއި ދުންޔަވީ ފައިދާއެކެވެ. އެކަން އެމީހުންނަށް އެނގޭނޭނަމައެވެ.

Verse 103

وَلَوْ أَنَّهُمْ ءَامَنُوا۟ وَٱتَّقَوْا۟ لَمَثُوبَةٌ مِّنْ عِندِ ٱللَّهِ خَيْرٌ ۖ لَّوْ كَانُوا۟ يَعْلَمُونَ

Transliteration walaw annahum āmanū wa-ittaqaw lamathūbatun min ʿindi l-lahi khayrun law kānū yaʿlamūna

Dhivehi އަދި އެމީހުންވެސް ﷲ އަށް އީމާންވެ تقوى ވެރިވީނަމަ އަދި ﷲ ގެ حضرة ން އެމީހުންނަށް ހުރި ثواب އާއި ދަރުމަ އެމީހުންނަށް އެނގޭނަމަ އެކަން އެމީހުންނަށް މާހެޔޮވެގެންވެއެވެ.

Verse 104

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقُولُوا۟ رَٰعِنَا وَقُولُوا۟ ٱنظُرْنَا وَٱسْمَعُوا۟ ۗ وَلِلْكَـٰفِرِينَ عَذَابٌ أَلِيمٌ

Transliteration yāayyuhā alladhīna āmanū lā taqūlū rāʿinā waqūlū unẓur'nā wa-is'maʿū walil'kāfirīna ʿadhābun alīmun

Dhivehi އޭ އީމާންވެގެންވާމީހުންނޭވެ! ކަލޭމެން ކަލޭމެންގެ رَسُول ގެ އަރިހުގައި رَاعِنَا އޭ ނުދަންނަވާށެވެ! އަދި أنْظُرْنَا މިހެން ދަންނަވާށެވެ! އަދި އެކަލޭގެފާނު ވިދާޅުވާއެއްޗެއް ކަނުލައި އަހާށެވެ! އަދި ކާފަރުންނަށް ހުރި ވޭންދެނިވި عَذَاب އެކެވެ. • ދަންނައެވެ! رَاعِنَا ގެ كلمة އަކީ يَهودي ންގެ ގާތުގައި ހުތުރު ބަހަކަށްވެގެން أصحاب ބޭކަލުން އެބަސް ދެންނެވުމުން يهودي ން އެކަމާ މަލާމާތްކުރަން ފެށުމުން ﷲ تعالى مؤمن ންނަށް އެންގެވީ އެބަސް ނުކިޔައި އެބަހުގެ مَقَام ގައި އެއަށްވުރެ މާރަނގަޅު މާތްބަހެއް ދެންނެވުމަށެވެ. އެއީ أنْظُرْنَا މިއެވެ. މިބަހުގެ މާނައަކީ وحي ގެ ބަސްފުޅުތައް ވިދާޅުވަމުންދާއިރު އަޅުގަނޑުމެންނަށް ވިސްނޭވަރުން އަޅުގަނޑުމެންނަށްޓަކައި إنْتِظَار ކޮށްލައްވަމުން ގެންދަވާށެވެ! رَاعِنَا އިންވެސް ދޭންއުޅެނީ ހަމަގާތްގަނޑަކަށް އެ މާނައެވެ. ނަމަވެސް يهوديންގެ ގާތުގައި އެބަހަކީ ހުތުރުބަހަކަށްވީހިނދުން އެބަސް ނުކިއުމަށް އެންގެވީއެވެ. والله أعلم.

Verse 105

مَّا يَوَدُّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَلَا ٱلْمُشْرِكِينَ أَن يُنَزَّلَ عَلَيْكُم مِّنْ خَيْرٍ مِّن رَّبِّكُمْ ۗ وَٱللَّهُ يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ

Transliteration mā yawaddu alladhīna kafarū min ahli l-kitābi walā l-mush'rikīna an yunazzala ʿalaykum min khayrin min rabbikum wal-lahu yakhtaṣṣu biraḥmatihi man yashāu wal-lahu dhū l-faḍli l-ʿaẓīmi

Dhivehi أهل كتاب ންގެތެރެއިން އެބަހީ يهودي ންނާއި نَصَارى އިންގެތެރެއިން ކާފަރުވީމީހުންނާއި އަދި ސީދާ އޮރިޖިނަލް مُشْرك ން ކަލޭމެން مؤمن ންނަށް ކަލޭމެންގެ رَبّ ގެ حضرة ން އެއްވެސް ހެވެއް ހެޔޮކަމެއް ބާވައިލެއްވުމަކަށް ލޯތްބެއް ނުކުރެއެވެ. ނޭދެއެވެ. އަދި އެހެންނަމަވެސް ﷲ تعالى އެދިވޮޑިގަންނަވާ އަޅަކު އެކަލާނގެ رحمة ގައި خاصّ ކުރައްވާ إختيار ކުރައްވައެވެ. މީގެމާނައީ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް رَسول ކަމާއި نبي ކަން އެކަލާނގެ ދެއްވައެވެ. އަދި ﷲ އީ ބޮޑުވެގެންވާ فَضْلَ ވަންތަކަމުގެވެރި ކަލާނގެއެވެ.

Verse 106

۞ مَا نَنسَخْ مِنْ ءَايَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَآ أَوْ مِثْلِهَآ ۗ أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration mā nansakh min āyatin aw nunsihā nati bikhayrin min'hā aw mith'lihā alam taʿlam anna l-laha ʿalā kulli shayin qadīrun

Dhivehi ތިމަންރަސްކަލާނގެ މިކީރިތި قرآن ން އާޔަތެއް مَنْسُوخ ކުރެއްވިޔަސް އަދި ނުވަތަ ހަނދާންނައްތުވާލެއްވިޔަސް އެއަށްވުރެ ހެޔޮ آية އެއް ނުވަތަ ހަމައެފަދަ އެހެން آية އެއް ތިމަންރަސްކަލާނގެ ގެންނަވާހުށީމެވެ. ﷲ ހުރިހައިކަމަކަށް ކުޅަދުންވަންތަވެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާނެއެވެ.

Verse 107

أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ

Transliteration alam taʿlam anna l-laha lahu mul'ku l-samāwāti wal-arḍi wamā lakum min dūni l-lahi min waliyyin walā naṣīrin

Dhivehi އުޑުތަކާއި ބިމުގައިވާހާތަކެތި ﷲ އަށް مِلْكُ ވެ އެކަލާނގެއަށް خَاصّ ވެގެންވާކަން ކަލޭގެފާނު ދެނެވަޑައިގެންނުވަމުތޯއެވެ؟ އެބަހީ ދެނެވަޑައިގެންވާނެއެވެ. އަދި ﷲ ފިޔަވައި އެއްވެސްސަހަރޯވެރިއަކު އަދި نَصْر ވެރިއަކުވިޔަސް ކަލޭމެންނަކަށް ނުވެއެވެ.

Verse 108

أَمْ تُرِيدُونَ أَن تَسْـَٔلُوا۟ رَسُولَكُمْ كَمَا سُئِلَ مُوسَىٰ مِن قَبْلُ ۗ وَمَن يَتَبَدَّلِ ٱلْكُفْرَ بِٱلْإِيمَـٰنِ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ

Transliteration am turīdūna an tasalū rasūlakum kamā su-ila mūsā min qablu waman yatabaddali l-kuf'ra bil-īmāni faqad ḍalla sawāa l-sabīli

Dhivehi (އޭ މީސްތަކުންނޭވެ!) މީގެކުރިން موسى عليه السّلام އާއި ސުވާލުވެވުނުގޮތަށް ކަލޭމެންގެ رَسُول އާ އާއި ސުވާލުކުރަން ކަލޭމެން އެދެނީހެއްޔެވެ؟ އަދި އީމާންކަން ކާފަރުކަމަށް ބަދަލުކޮށްފިމީހާ يعني އީމާންވުމަށްފަހު ކާފިރުވެ مُرْتَدُّ ވެއްޖެމީހާ ހަމަކަށަވަރުންވެސް އެމީހާ ސީދާމަގުން ކައްސައިލާ މަގުފުރެދިއްޖެކަން يقين އެވެ.

Verse 109

وَدَّ كَثِيرٌ مِّنْ أَهْلِ ٱلْكِتَـٰبِ لَوْ يَرُدُّونَكُم مِّنۢ بَعْدِ إِيمَـٰنِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْحَقُّ ۖ فَٱعْفُوا۟ وَٱصْفَحُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦٓ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration wadda kathīrun min ahli l-kitābi law yaruddūnakum min baʿdi īmānikum kuffāran ḥasadan min ʿindi anfusihim min baʿdi mā tabayyana lahumu l-ḥaqu fa-iʿ'fū wa-iṣ'faḥū ḥattā yatiya l-lahu bi-amrihi inna l-laha ʿalā kulli shayin qadīrun

Dhivehi (އޭ مؤمن ންނޭވެ!) يَهُودي ންނާއި نَصَارى އިންކުރެ ގިނަބަޔަކު ކަލޭމެން مؤمن ން އީމާންވުމަށްފަހު އަލުންވެސް ކާފަރުކަމުގެތެރެއަށް އަނބުރާ ގެންދިއުމަށް ލޯބިކުރެއެވެ. އެއީ އެމީހުންގެ نفس ތަކުގައި އުފެދިފައިވާ حَسَدَ ވެރިކަމާއި ރުޅިވެރިކަމުގެ ސަބަބުންނެވެ. އަދި އެމީހުން އެފަދަ حَسَدَ އެއް އެވަނީ އެމީހުންނަށް حَقُّ ރަނގަޅަށް بَيَان ވެ އެނގުމަށްފަހުގައެވެ. (محمّد ﷺ އެއީ ހަމަ حقّ ނަބިއްޔާކަން އެމީހުންގެ ފޮތުންވެސް ރަނގަޅަށް بَيَان ވެ އެނގުމަށް ފަހުގައެވެ.) އޭ مؤمن ންނޭވެ. ކަލޭމެން އެމީހުންގެ އެނުބައިކަމަށް އިހަށް އަޅާނުލާށެވެ. عَفُوء ކުރުންމަތީދެމިތިބޭށެވެ! އެމީހުންނާ ދިމާކުރުމުގެ أمر ފުޅު ﷲ ގެ حضرة ން އަންނާދެންނެވެ. ހަމަކަށަވަރުން ކޮންމެކަމެއްގެ މައްޗަށްވެސް ﷲ تعالى ކުޅަދުންވަންތަވެވޮޑިގެންވެއެވެ. • ދަންނައެވެ! މިމީހުންނާ ހަނގުރާމަކުރުމުގެ آية ފަހުން ބާވައިލައްވާ ކުރީ حكم مَنْسُوخ ކުރެއްވިއެވެ. އެއާޔަތަކީ، قَـٰتِلُوا۟ ٱلَّذِينَ لَا يُؤْمِنُونَ بِٱللَّهِ وَلَا بِٱلْيَوْمِ ٱلْـَٔاخِرِ وَلَا يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُۥ وَلَا يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ حَتَّىٰ يُعْطُوا۟ ٱلْجِزْيَةَ عَن يَدٍ وَهُمْ صَـٰغِرُونَ. މިއާޔަތެވެ. އެއީ توبة ސޫރަތުގެ 29 ވަނަ އާޔަތެވެ.)

Verse 110

وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ ٱللَّهِ ۗ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ

Transliteration wa-aqīmū l-ṣalata waātū l-zakata wamā tuqaddimū li-anfusikum min khayrin tajidūhu ʿinda l-lahi inna l-laha bimā taʿmalūna baṣīrun

Dhivehi (އޭ مؤمن ންނޭވެ!) ކަލޭމެން ނަމާދު قائم ކޮށް زكاة ދީހަދާށެވެ! އަދި ކަލޭމެންގެ އަމިއްލަ نفس ތަކަށްޓަކައި ކަލޭމެންކުރި ކޮންމެ ހެޔޮކަމެއް (ދަންނައެވެ!) އެކަމުގެ ދަރުމަޔާ ثواب ﷲ ގެ حضرة ން ކަލޭމެން ދެކޭނެއެވެ. ހަމަކަށަވަރުން ކަލޭމެން ކުރާކަންތައްތަކަށް ﷲ ބައްލަވާވޮޑިގެންވެއެވެ.

Verse 111

وَقَالُوا۟ لَن يَدْخُلَ ٱلْجَنَّةَ إِلَّا مَن كَانَ هُودًا أَوْ نَصَـٰرَىٰ ۗ تِلْكَ أَمَانِيُّهُمْ ۗ قُلْ هَاتُوا۟ بُرْهَـٰنَكُمْ إِن كُنتُمْ صَـٰدِقِينَ

Transliteration waqālū lan yadkhula l-janata illā man kāna hūdan aw naṣārā til'ka amāniyyuhum qul hātū bur'hānakum in kuntum ṣādiqīna

Dhivehi އަދި އެމީހުން ބުންޏެވެ. يهودي ންނާ نَصَارى އިން ބުންޏެވެ. يَهُودي އަކުކަމުގައި ނުވަތަ نَصَارى އަކު ކަމުގައިވީމީހަކުމެނުވީ ސުވަރުގެ ނުވަންނާނެއެވެ. އެއީ އެމީހުން އެދޭގޮތެވެ. އެމީހުންގެ أمّيد އެވެ. އޭ رَسُول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނީ ތެދުވެރިންކަމުގައި ވަންޏާ ކަލޭމެންގެ ތިޔަބަސް ތެދުކަމުގެމައްޗަށް ނިކަން دليل ގެނަސްބަލާށެވެ! (އެއްވެސް دليل އެއް ނޯންނާނެއެވެ. ހަމަހުސް ކޮސް ވާހަކައެވެ. ބޭކާރުވާހަކައެވެ.)

Verse 112

بَلَىٰ مَنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ فَلَهُۥٓ أَجْرُهُۥ عِندَ رَبِّهِۦ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

Transliteration balā man aslama wajhahu lillahi wahuwa muḥ'sinun falahu ajruhu ʿinda rabbihi walā khawfun ʿalayhim walā hum yaḥzanūna

Dhivehi އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ! إحسان ތެރިވެގެންވާ حال އެމީހަކު ﷲ އަށް ކިޔަމަންތެރިވެއްޖެ ކޮންމެމީހަކު ކޮންމެ نَسْل އެއްގެމީހަކުނަމަވެސް ﷲ ގެ حضرة ގައި އެމީހަކަށްވާ ދަރުމަޔާ ސަވާބު ހުއްޓެވެ. އަދި އެފަދަ މީހުންނަށް އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި ހިތާމަކުރާނޭބަޔަކުކަމުގައިވެސް އެމީހުން ނުވެއެވެ.

Verse 113

وَقَالَتِ ٱلْيَهُودُ لَيْسَتِ ٱلنَّصَـٰرَىٰ عَلَىٰ شَىْءٍ وَقَالَتِ ٱلنَّصَـٰرَىٰ لَيْسَتِ ٱلْيَهُودُ عَلَىٰ شَىْءٍ وَهُمْ يَتْلُونَ ٱلْكِتَـٰبَ ۗ كَذَٰلِكَ قَالَ ٱلَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ ۚ فَٱللَّهُ يَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ

Transliteration waqālati l-yahūdu laysati l-naṣārā ʿalā shayin waqālati l-naṣārā laysati l-yahūdu ʿalā shayin wahum yatlūna l-kitāba kadhālika qāla alladhīna lā yaʿlamūna mith'la qawlihim fal-lahu yaḥkumu baynahum yawma l-qiyāmati fīmā kānū fīhi yakhtalifūna

Dhivehi އަދި يَهُودي ން ބުންޏެވެ. نَصَارى އިންވަނީ އެއްވެސް دين އެއްގައެއްނޫނެވެ. އަދި نَصَارى އިން ބުނީ يهودي ންވަނީ އެއްވެސް دين އެއްގައެއްނޫނެވެ. އެދެބައިމީހުންވެސް އެހެން އެބުނަނީ އެމީހުން ފޮތް ކިޔަވާ އުޅޭ حال ގައެވެ. تَوراة އައި إنجيل ކިޔަވާ حال ގައެވެ. އެއްވެސްފޮތެއްގެ أهل ވެރިންކަމުގައި ނުވާ ނުދަންނަމީހުންވެސް ބުނަނީ ހަމަ މިމީހުންވެސް އެބުނާގޮތަށެވެ. ދެންފަހެ قيامة ދުވަހުން އެބައިމީހުން އެދެބަސްވެ إختلاف ވާ ކަންކަމާމެދު ﷲ تعالى حكم ކުރައްވާހުއްޓެވެ.

Verse 114

وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَـٰجِدَ ٱللَّهِ أَن يُذْكَرَ فِيهَا ٱسْمُهُۥ وَسَعَىٰ فِى خَرَابِهَآ ۚ أُو۟لَـٰٓئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَآ إِلَّا خَآئِفِينَ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ

Transliteration waman aẓlamu mimman manaʿa masājida l-lahi an yudh'kara fīhā us'muhu wasaʿā fī kharābihā ulāika mā kāna lahum an yadkhulūhā illā khāifīna lahum fī l-dun'yā khiz'yun walahum fī l-ākhirati ʿadhābun ʿaẓīmun

Dhivehi ﷲ ގެ މިސްކިތްތައް މަނާކުރާމީހުންނަށްވުރެ އަނިޔާވެރިކަންބޮޑީ ފަހެކާކުހެއްޔެވެ؟ ކޮންބައެއްހެއްޔެވެ؟ އެއަށްވުރެ އަނިޔާވެރިބަޔަކު ނުވެއެވެ. އެމިސްކިތްތަކަކީ އެތަންތާނގައި ﷲ އަށް ذِكْرُ ކުރެވޭ ތަންތަނެވެ. އަދި އެމީހުންނަކީ އެމިސްކިތްތައް ހަލާކުކުރުމަށް މަސައްކަތްކުރާމީހުންނެވެ. (އެމީހުންނަކީ نَصَارى އިންކަމާއި އެމީހުން بُخْتُنَصَر އާއި އެހީވެ بَيْتُ الْمَقْدِس ހަލާކުކޮށް بَنِي إسْرَائيل ގެ مؤمن ން އެމިސްކިތަށް ވަނަނުދީ مَنَعَ ކުރިކަމުގައި طَبَرَى ގެ تفسير ގައި بَيَان ކުރައްވާ އެގޮތަށް تائيد ކުރައްވާފައިވެއެވެ. އަދި އެމީހުން އެބަހީ نَصَارى އިން ނުވަތަ رومى ން އެ بَيْتُ الْمَقْدس އަށް ވަންނަނީ ބިރުން ތިބެގެންކަމުގައިވިއެވެ. އެއީ އެއިންމީހަކު مؤمنއަކަށް ފެނި އަތުލައިގަނެވޭގޮތްވެއްޖެއްޔާ އަތުލާ ބޯކަނޑައިލާތީއެވެ. އެމީހުންނަށް ދުނިޔޭގައި ހުރީ ދެރަކަމާއި ނިކަމެތިކަމެވެ. އަދި آخرة ގައި އެމީހުންނަށް ހުންނަހުރީ ބޮޑުވެގެންވާ عَذَاب އެކެވެ. • ދަންނައެވެ. بَيْتُ الْمَقْدس ނޫންކަމަކު ﷲ އަށް އަޅުކަން ކުރެވޭ ކޮންމެ މިސްކިތަކަށް އަނިޔާވެރިވެ ހަލާކުކޮށް އެތަންތާ އަޅުކަންކުރާމީހުން އަޅުކަންކުރިޔަނުދީ مَنَعَ ކުރާ ކޮންމެމީހަކަށް އެފަދަ ދެރަކަމާއި عَذَاب ހުންނާނެކަމުގައިވެއެވެ. والله أعلم.

Verse 115

وَلِلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا۟ فَثَمَّ وَجْهُ ٱللَّهِ ۚ إِنَّ ٱللَّهَ وَٰسِعٌ عَلِيمٌ

Transliteration walillahi l-mashriqu wal-maghribu fa-aynamā tuwallū fathamma wajhu l-lahi inna l-laha wāsiʿun ʿalīmun

Dhivehi އަދި مَشْرِقُ ފަރާތާއި مَغْرِب ފަރާތް مِلْكُ ވެ خَاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެބަހީ މުޅި ދުނިޔެވެސް އެއީ ﷲ އަށް خَاصّ ވެގެންވާ އެއްޗެކެވެ. ފަހެ ކަލޭމެން ކުރިމަތިލީ ކޮންމެދިމާއެއްގައިވެސް ﷲ ގެ وَجْهُ ފުޅުވެއެވެ. قِبْلَة ވެއެވެ. سنّة ނަމާދު ކުރުމަށް ކުރިމަތިލީ ކޮންމެ ދިމާއެއްގައި އެއީ ހަމަ قِبْلَة އެވެ. މިއީ ދަތުރުމަތީގައި سنّة ނަމާދުކުރުމުގައި އޮތްކަމެކެވެ. ނުވަތަ خَوْفُ ނަމާދުގައިވެސް އޮތްކަމެކެވެ. ނުވަތަ قِبْلَة އާއިމެދު إجْتِهَاد ކޮށް ނުބައި ދިމާއަކަށް ނަމާދުކުރެވުނުނަމަވެސް ކަމުދާނެކަމުގެ دليل އެވެ. ހަމަކަށަވަރުން ﷲ އީ އަޅުތަކުންގެމައްޗަށް އެކަލާނގެ فَضْلَ ވަންތަކަން ތަނަވަސްވެވޮޑިގެންވާ ކަލާނގެއެވެ. އަދި އަޅުތަކުންގެ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 116

وَقَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ۗ سُبْحَـٰنَهُۥ ۖ بَل لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ كُلٌّ لَّهُۥ قَـٰنِتُونَ

Transliteration waqālū ittakhadha l-lahu waladan sub'ḥānahu bal lahu mā fī l-samāwāti wal-arḍi kullun lahu qānitūna

Dhivehi އަދި އެމީހުން (يعني يهودي އިންނާއި نَصَارى އިން) ބުނީ ﷲ تعالى ދަރިކަލަކު إخْتِيَار ކުރެއްވިކަމަށެވެ. ނަމަވެސް އެފަދަ އެންމެހައި އުނިސިފައަކުން އެކަލާނގެ ހުސް طَاهر ވަންތަވެވޮޑިގެންވެއެވެ. އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އަދި ކިއެއްހެއްޔެވެ. އުޑުތަކާއި ބިމުގައިވާހާތަކެތި مِلْكُ ވެ خاصّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އެންމެހައިތަކެތި ކިޔަމަންތެރިވެ އަޅުދާސްވުން ވާޖިބުވެގެންވަނީ ހަމަ އެކަލާނގެއަށެވެ.

Verse 117

بَدِيعُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

Transliteration badīʿu l-samāwāti wal-arḍi wa-idhā qaḍā amran fa-innamā yaqūlu lahu kun fayakūnu

Dhivehi އެކަލާނގެއީ އިސްވެދިޔަ އެއްވެސް މިސާލެއްނެތި ހަމަ އަލަށް އުޑުތަކާއި ބިންހެއްދެވި ކަލާނގެއެވެ. އަދި އެކަލާނގެ ކަމެއް ނިޔާކުރައްވަންޏާ، އެއްޗެއް ހެއްދެވުމަށް އިރާދަކުރައްވަންޏާ އެއެއްޗަކަށް ނުވަތަ އެކަމަކަށް ވާށޭ މިހެން وحي ކުރައްވައެވެ. ދެން އެހައިރުން އެކަމެއް އެވީއެވެ. އެއެއްޗެއް އެއުފެދި ނިމުނީއެވެ.

Verse 118

وَقَالَ ٱلَّذِينَ لَا يَعْلَمُونَ لَوْلَا يُكَلِّمُنَا ٱللَّهُ أَوْ تَأْتِينَآ ءَايَةٌ ۗ كَذَٰلِكَ قَالَ ٱلَّذِينَ مِن قَبْلِهِم مِّثْلَ قَوْلِهِمْ ۘ تَشَـٰبَهَتْ قُلُوبُهُمْ ۗ قَدْ بَيَّنَّا ٱلْـَٔايَـٰتِ لِقَوْمٍ يُوقِنُونَ

Transliteration waqāla alladhīna lā yaʿlamūna lawlā yukallimunā l-lahu aw tatīnā āyatun kadhālika qāla alladhīna min qablihim mith'la qawlihim tashābahat qulūbuhum qad bayyannā l-āyāti liqawmin yūqinūna

Dhivehi އަދި ތަންދޮރު ނޭނގޭމީހުން ބުނެއެވެ. ތަނެއްދޮރެއް ނޭނގި عيسى عليه السّلام އަކީ ﷲ ގެ ދަރިކަލުންނޭ ބުނާ نصارى އިން ބުނެއެވެ. ﷲ އަހުރެމެންނަށް ބަސްފުޅު وحي ކުރައްވާނެނަމައެވެ. محمّد ﷺ އެއީ حقّ نبي އަކުކަމުގައި އަހުރެމެނަށްވެސް ބަސްފުޅު އިއްވެވިނަމައެވެ. ނުވަތަ އެއީ حقّ نبي އަކުކަމުގެ دليل އެއް / مُعْجِزَة އެއް އަހުރެމެންނަށް ގެނަސްދެއްވިނަމައެވެ. ފަހެ އެމީހުންގެ ކުރީގެ يهودي ންވެސް ބުނީ ހަމަ އެމީހުން އެބުނިގޮތަށެވެ. އެހެނީ يهودي ން موسى عليه السّلام ގެ އަރިހުން އެބާވަތުގެ އެތައްކަމެއް އެދުނެވެ. ފާޅުގައި ﷲ އެމީހުންނަށް ދެއްކެވުމަށް އެދުނެވެ. އެމީހުންގެ ބަހާއި މި نصارى އިންގެ ބަހާއި ދާދިއެއްގޮތެވެ. އެއްވައްތަރުވެގެންވެއެވެ. ހަމަކަށަވަރުން ކަންކަމާމެދު ވިސްނާ حقيقة يقين ކުރާބަޔަކަށް ކަނޑައެޅި ބަޔާންވެގެންވާ دليل ތިމަންރަސްކަލާނގެ بيان ކުރެއްވީމެވެ. يهودي ންނަށް ކޯފާވެވޮޑިގެންނެވިކަމުގެ دليل بَيَان ކުރެއްވީމެވެ.

Verse 119

إِنَّآ أَرْسَلْنَـٰكَ بِٱلْحَقِّ بَشِيرًا وَنَذِيرًا ۖ وَلَا تُسْـَٔلُ عَنْ أَصْحَـٰبِ ٱلْجَحِيمِ

Transliteration innā arsalnāka bil-ḥaqi bashīran wanadhīran walā tus'alu ʿan aṣḥābi l-jaḥīmi

Dhivehi އޭ رَسول ﷲ އެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު رَسُول ކަމާއިގެން ފޮނުއްވީ ސުވަރުގޭގެ ވާހަކައިން އުފާވެރި خبر ދެއްވާ އަދި ނަރަކައިގެ ވާހަކަ އިން ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. (ދެން ކަލޭގެފާނު رَسُولކަން އިއްވެވުމަށްފަހު ނަރަކަވަންތަވެރިން އެކުރާ ނުބައިކަންތަކާމެދު ކަލޭގެފާނާއި ސުވާލު ނުވެވޭނެއެވެ. (ކަލޭގެފާނުންގެ مَسئولية އަކީ ފުރިހަމަކޮށް އިއްވައި ދެއްވުމެވެ.)

Verse 120

وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَـٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۗ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ ٱلَّذِى جَآءَكَ مِنَ ٱلْعِلْمِ ۙ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ

Transliteration walan tarḍā ʿanka l-yahūdu walā l-naṣārā ḥattā tattabiʿa millatahum qul inna hudā l-lahi huwa l-hudā wala-ini ittabaʿta ahwāahum baʿda alladhī jāaka mina l-ʿil'mi mā laka mina l-lahi min waliyyin walā naṣīrin

Dhivehi އަދި يهودي ން ވިޔަސް އަދި نَصَارى ކަމުގައިވިޔަސް އެމީހުންގެ دينއާއި ކަލޭގެފާނު تَبَعَ ވެވަޑައިގެންފުމަށްދާންދެން އެމީހުން ކަލޭގެފާނަކާއި ނުރުހޭނެއެވެ. ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! حقيقى ތެދުމަގަކީ ހަމަ ﷲ ގެތެދުމަގެވެ. އަދި ކަލޭގެފާނަށް عِلْم އާއި وحي ގެތެރެއިން މިއައިތަކެއްޗަށްފަހު ދެން ކަލޭގެފާނު އެމީހުންއެދޭގޮތާއި تبع ވެ ވަޑައިގެންފިއްޔާ ﷲގެ حضرة ން ކަލޭގެފާނަށް އެއްވެސްސަހަރޯވެރިއަކު އަދި نصر ވެރިއަކު ނުވާނެއެވެ.

Verse 121

ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَتْلُونَهُۥ حَقَّ تِلَاوَتِهِۦٓ أُو۟لَـٰٓئِكَ يُؤْمِنُونَ بِهِۦ ۗ وَمَن يَكْفُرْ بِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ

Transliteration alladhīna ātaynāhumu l-kitāba yatlūnahu ḥaqqa tilāwatihi ulāika yu'minūna bihi waman yakfur bihi fa-ulāika humu l-khāsirūna

Dhivehi އެބައިމީހުންނަށް ތިމަންރަސްކަލާނގެ ފޮތްދެއްވި (ތެދުވެރި مؤمن ން) حَقّ ގޮތުގައި އެފޮތް ކިޔަވައެވެ. އެފޮތަށް تَبَعَ ވެއެވެ. އެއީ އެފޮތް ތެދުކޮށް އެފޮތަށް އީމަންވާމީހުންނެވެ. އަދި އެފޮތަށް ކާފަރުވާމީހުން ދަންނައެވެ. ކަނޑައެޅިގެން އެއީ ގެއްލި ހަލާކުވެގެންވާމީހުންނެވެ.

Verse 122

يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَـٰلَمِينَ

Transliteration yābanī is'rāīla udh'kurū niʿ'matiya allatī anʿamtu ʿalaykum wa-annī faḍḍaltukum ʿalā l-ʿālamīna

Dhivehi އޭ بَنِي إِسْرَائيل ންނޭވެ! ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވި ތިމަންރަސްކަލާނގެ نِعْمَة ކަލޭމެން ހަނދާންކުރާށެވެ! އަދި ހަމަކަށަވަރުން އޭރު ތިބި އެންމެހައި މީސްތަކުންގެމައްޗަށް ތިމަންރަސްކަލާނގެ ކަލޭމެން މާތް ކުރެއްވީމެވެ.

Verse 123

وَٱتَّقُوا۟ يَوْمًا لَّا تَجْزِى نَفْسٌ عَن نَّفْسٍ شَيْـًٔا وَلَا يُقْبَلُ مِنْهَا عَدْلٌ وَلَا تَنفَعُهَا شَفَـٰعَةٌ وَلَا هُمْ يُنصَرُونَ

Transliteration wa-ittaqū yawman lā tajzī nafsun ʿan nafsin shayan walā yuq'balu min'hā ʿadlun walā tanfaʿuhā shafāʿatun walā hum yunṣarūna

Dhivehi އަދި އެއްވެސް نَفْس އަކަށް އަނެއް نَفْس އެއްގެ ފަރާތުން އެއްވެސްކަމެއް ފުއްދައިނުދެވޭ، އަދި ފާފަވެރި އެއްވެސް نَفْس އެއް އެއިން ސަލާމަތްވުމަށް އެއްވެސް فِدْيَة އެއް قبول ނުކުރެވޭ އަދި އެފަދަ نَفْس އަކަށް شَفَاعَة އެއްގެ އެއްވެސް مَنْفَعَ އެއް ނުކުރާ ދުވަހަކަށް ކަލޭމެން ބިރުވެތިވާށެވެ! އަދި އެފަދަ ފާފަވެރި نَفْس ތަކުގެ أهل ވެރިންނީ نَصْر ލިބޭނޭ ބަޔަކުކަމުގައި ނުވެއެވެ. އެއީ قيامة ދުވަހެވެ.

Verse 124

۞ وَإِذِ ٱبْتَلَىٰٓ إِبْرَٰهِـۧمَ رَبُّهُۥ بِكَلِمَـٰتٍ فَأَتَمَّهُنَّ ۖ قَالَ إِنِّى جَاعِلُكَ لِلنَّاسِ إِمَامًا ۖ قَالَ وَمِن ذُرِّيَّتِى ۖ قَالَ لَا يَنَالُ عَهْدِى ٱلظَّـٰلِمِينَ

Transliteration wa-idhi ib'talā ib'rāhīma rabbuhu bikalimātin fa-atammahunna qāla innī jāʿiluka lilnnāsi imāman qāla wamin dhurriyyatī qāla lā yanālu ʿahdī l-ẓālimīna

Dhivehi އަދި إبراهيم عليه السّلام އެކަލޭގެފާނުންގެ رَبُّ އެތައްއެތައް أمر ފުޅުތަކަކުން އެކަލޭގެފާނު إمتحان ކުރެއްވިހިނދު ހަނދުމަފުޅުކުރައްވާށެވެ! ފަހެ އެކަލޭގެފާނު އެހުރިހާކަމެއް ފުރިހަމަ ކުރައްވައި ފާސްވެވަޑައިގެންނެވިއެވެ. އޭގެ ނަތީޖާއެއްގެގޮތުން އެކަލާނގެ އެކަލޭގެފާނަށް وحي ކުރެއްވިއެވެ. ހަމަކަށަވަރުން މީސްތަކުންނަށްވާ إمام އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލައްވާހުށީމެވެ. އެކަލޭގެފާނު ދެންނެވިއެވެ. މިއަޅާގެ ދަރިފަސްކޮޅުންވެސް إمام ން ލައްވާނދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ إمام ކަން ނުދެއްވާހުށީމެވެ. (مُشْرِكُ ންނަށް އިމާމުކަން ނުދެއްވާ ހުށީމެވެ.)

Verse 125

وَإِذْ جَعَلْنَا ٱلْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا وَٱتَّخِذُوا۟ مِن مَّقَامِ إِبْرَٰهِـۧمَ مُصَلًّى ۖ وَعَهِدْنَآ إِلَىٰٓ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ أَن طَهِّرَا بَيْتِىَ لِلطَّآئِفِينَ وَٱلْعَـٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ

Transliteration wa-idh jaʿalnā l-bayta mathābatan lilnnāsi wa-amnan wa-ittakhidhū min maqāmi ib'rāhīma muṣallan waʿahid'nā ilā ib'rāhīma wa-is'māʿīla an ṭahhirā baytiya lilṭṭāifīna wal-ʿākifīna wal-rukaʿi l-sujūdi

Dhivehi އަދި كَعْبَة ﷲ - يعني ގެފުޅު އެއީ މީސްތަކުން ރައްކާތެރިވެ ސަލާމަތްވުމަށް رُجُوعَ ވާ ތަނެއްކަމުގައްޔާއި އަމާންވެގެންވާ ތަނެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި إبراهيم عليه السّلام ގެ مَقام ގައި ކަލޭމެން ނަމާދު ކުރާށެވެ! (އެއީ طَواف ގެ ދެ رَكعة އެވެ. އެތާގައި އެދެ ركعة ކުރެވޭގޮތް ދިމާވެއްޖެ މީހާއަށް އެގޮތް މޮޅުއިތުރުވެގެންވެއެވެ. އެހެންނޫންނަމަ މުޅި حَرَمُ ގެ ކޮންމެތަނެއްގައިވެސް އެދެ ركعة ކުރުން ހުއްދައެވެ.) އަދި إبراهيم އާއި إسماعيل (عليهما السّلام) އާއި ދެކަލުންވެގެން طَواف ކުރާމީހުންނަށާއި إعْتِكَاف ވާމީހުންނަށާއި އަދި رُكُوع سُجُود ކުރާ މީހުންނަށް އެބަހީ އަޅުކަންކުރާ މީސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ ގެފުޅު طَاهِر ކުރެއްވުމަށް އެދެބޭކަލުންނަށް ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.

Verse 126

وَإِذْ قَالَ إِبْرَٰهِـۧمُ رَبِّ ٱجْعَلْ هَـٰذَا بَلَدًا ءَامِنًا وَٱرْزُقْ أَهْلَهُۥ مِنَ ٱلثَّمَرَٰتِ مَنْ ءَامَنَ مِنْهُم بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلًا ثُمَّ أَضْطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِ ۖ وَبِئْسَ ٱلْمَصِيرُ

Transliteration wa-idh qāla ib'rāhīmu rabbi ij'ʿal hādhā baladan āminan wa-ur'zuq ahlahu mina l-thamarāti man āmana min'hum bil-lahi wal-yawmi l-ākhiri qāla waman kafara fa-umattiʿuhu qalīlan thumma aḍṭarruhu ilā ʿadhābi l-nāri wabi'sa l-maṣīru

Dhivehi އަދި إبراهيم (عليه السّلام) އެކަލޭގެފާނުންގެ رَبّ އަށް ދެންނެވިހިނދު ހަނދުމަފުޅު ކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! މި مَكَّة މިއީ އަމާން ރަށެއްކަމުގައި ލައްވާފާނދޭވެ! އަދި އެރަށުގެ أهل ވެރިންނަށް ގަސްގަހާގެހީގެ رزق ގެތެރެއިން ދެއްވާނދޭވެ! އެއީ އެމީހުންކުރެ ﷲ އަށާއި آخرة ދުވަހަށް އީމާންވާބަޔަކަށެވެ. އެކަލާނގެ وحي ކުރެއްވިއެވެ. އެމީހުންގެތެރެއިން ކާފަރުވެއްޖެމީހާ ދަންނައެވެ. ފަހެ ތިމަންރަސްކަލާނގެ އެމީހާއަށް ދުނިޔޭގައި ދާދި ކުޑައަރާމުކޮޅެއް ދެއްވައި ކުޑަމިންވަރެއްގެ އެތިކޮޅެއްދެއްވާ ހުށީމެވެ. ދެން އޭގެފަހުގައި އެމީހަކަށް މަޖްބޫރުކުރައްވާހުށީ އަލިފާނުގެ عَذَاب އަށް ދިއުމަށެވެ. އަދި އެއީ ނުބައިވެގެންވާ ތަނެކެވެ.

Verse 127

وَإِذْ يَرْفَعُ إِبْرَٰهِـۧمُ ٱلْقَوَاعِدَ مِنَ ٱلْبَيْتِ وَإِسْمَـٰعِيلُ رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ

Transliteration wa-idh yarfaʿu ib'rāhīmu l-qawāʿida mina l-bayti wa-is'māʿīlu rabbanā taqabbal minnā innaka anta l-samīʿu l-ʿalīmu

Dhivehi އަދި إبراهيم (عليه السّلام) كَعْبَة ﷲ ގެފުޅުގެ ބިންގާ އުފުއްލެވިހިނދު - އެބަހީ ގެފުޅު ބިނާކުރެއްވިހިނދު އެކަލޭގެފާނާއި އެކަލޭގެފާނުންގެ ދަރިކަލުން إسْماعيل عليه السّلام އާއި ދެބޭކަލުން ދެންނެވިއެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ ކިބައިން قبول ކުރައްވާނދެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 128

رَبَّنَا وَٱجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَآ ۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ

Transliteration rabbanā wa-ij'ʿalnā mus'limayni laka wamin dhurriyyatinā ummatan mus'limatan laka wa-arinā manāsikanā watub ʿalaynā innaka anta l-tawābu l-raḥīmu

Dhivehi އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންނީ އިބަރަސްކަލާނގެއަށް ފުރިހަމައަށް ކިޔަމަންތެރިވެގެންވާ ދެއަޅުންކަމުގައި ލައްވާނދޭވެ! އަދި އަޅަމެންގެ ދަރިފަސްކޮޅުންވެސް އިބަރަސްކަލާނގެއަށް ކިޔަމަންތެރިވާނޭ أُمَّة އެއް ލައްވާނދޭވެ! އަދި އަޅަމެން حَجّ އާއި ދެންވެސް އެހެނިހެން އަޅުކަން އަދާކުރާނެގޮތް އަޅަމެނަށް ދައްކަވާނދޭވެ! އަދި އަޅަމެންގެ މައްޗަށް تَوبة ލައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން تَوبة قبول ކުރައްވާ رحمة ލެއްވުންބޮޑުވެގެންވާ ކަލާނގެއެވެ.

Verse 129

رَبَّنَا وَٱبْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِكَ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ

Transliteration rabbanā wa-ib'ʿath fīhim rasūlan min'hum yatlū ʿalayhim āyātika wayuʿallimuhumu l-kitāba wal-ḥik'mata wayuzakkīhim innaka anta l-ʿazīzu l-ḥakīmu

Dhivehi އޭ އަޅަމެންގެ رَبّ އެވެ! އަދި އެކިޔަމަންތެރިވެގެންވާނޭ أُمَّة އަށް އެމީހުންގެތެރެއިން رَسُول ބޭކަލަކު ފޮނުއްވާނދޭވެ! (އެއީ محمّد ﷺ އާއި އެކަލޭގެފާނުންގެ أُمَّة ގެ މީހުން ފޮނުއްވުމުގެ އިޝާރާތްކަމުގައިވެއެވެ.) އަދި އެ رَسُول ބޭކަލަކު أُمَّة ގެ މީހުންނަށް އިބަރަސްކަލާނގެ އާޔަތްތައް ކިޔަވާދެއްވާ އަދި އެމީހުންނަށް ކީރިތި قرآن އާއި سُنّة އުގަންނައިދެއްވާ އަދި އެބޭކަލަކީ އެމީހުން ހުރިހާގޮތަކުން طَاهِرُ ކޮށްދެއްވާނޭ ބޭކަލުކަމުގައިވާނޭ ބޭކަލެކެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ عِزَّة ވަންތަ حِكْمَة ވަންތަ ކަލާނގެއެވެ.

Verse 130

وَمَن يَرْغَبُ عَن مِّلَّةِ إِبْرَٰهِـۧمَ إِلَّا مَن سَفِهَ نَفْسَهُۥ ۚ وَلَقَدِ ٱصْطَفَيْنَـٰهُ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ

Transliteration waman yarghabu ʿan millati ib'rāhīma illā man safiha nafsahu walaqadi iṣ'ṭafaynāhu fī l-dun'yā wa-innahu fī l-ākhirati lamina l-ṣāliḥīna

Dhivehi އަދި ތިމާގެ نفس ގެ مَنْفَع އާއިމެދު جَاهِلُ ވެ نفس ހަލާކުކުރި މީހަކުމެނުވީ إبراهيم عليه السّلام ގެ مِلّة ން މޫނު އަނބުރައިނުލައެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަލޭގެފާނު ދުނިޔޭގައި خاصّ ކުރައްވައި إخْتِيَار ކުރެއްވީމެވެ. އަދި آخرة ގައި އެކަލޭގެފާނުވާހުށީ. ކަނޑައެޅިގެން صَالح މާތްމީހުންގެ ތެރެއިންނެވެ.

Verse 131

إِذْ قَالَ لَهُۥ رَبُّهُۥٓ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ ٱلْعَـٰلَمِينَ

Transliteration idh qāla lahu rabbuhu aslim qāla aslamtu lirabbi l-ʿālamīna

Dhivehi އަދި ކަލޭގެފާނު ކިޔަމަންތެރިވެވަޑައިގަންނަވާށޭ އެކަލޭގެފާނުންގެ رَبّ އެކަލޭގެފާނަށް وحي ކުރެއްވިހިނދު އެކަލޭގެފާނު ދެންނެވިއެވެ. عَالَم ތަކުގެ ވެރި رَبّ އަށް މިއަޅާ ކިޔަމަންތެރިވެއްޖައީމެވެ.

Verse 132

وَوَصَّىٰ بِهَآ إِبْرَٰهِـۧمُ بَنِيهِ وَيَعْقُوبُ يَـٰبَنِىَّ إِنَّ ٱللَّهَ ٱصْطَفَىٰ لَكُمُ ٱلدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ

Transliteration wawaṣṣā bihā ib'rāhīmu banīhi wayaʿqūbu yābaniyya inna l-laha iṣ'ṭafā lakumu l-dīna falā tamūtunna illā wa-antum mus'limūna

Dhivehi އަދި إبراهيم عليه السّلام އާއި يَعْقُوب عليه السّلام އާއި ދެބޭކަލުންވެސް އެބޭކަލުންގެ ދަރީންނަށް އެކަމަށް وصيّة ކުރެއްވިއެވެ. عالم ތަކުގެ ވެރި ربّ އަށް ކިޔަމަންތެރިވުމަށް وصيّة ކުރެއްވިއެވެ. އެއިން ކޮންމެ ބޭކަލަކުވެސް އެބޭކަލެއްގެ ދަރިންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިންނެވޭ! ހަމަކަށަވަރުން ﷲ تعالى ކަލޭމެންނަށްޓަކައި دين إختيار ކޮށްދެއްވައިފިއެވެ. އެއީ ކިޔަމަންތެރިކަމުގެ دين އެވެ. ފަހެ ކަލޭމެން އެކަލާނގެއަށް ކިޔަމަންތެރިވެގެންވާ حال ގައިމެނުވީ މަރުނުވާހުށިކަމެވެ.

Verse 133

أَمْ كُنتُمْ شُهَدَآءَ إِذْ حَضَرَ يَعْقُوبَ ٱلْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِنۢ بَعْدِى قَالُوا۟ نَعْبُدُ إِلَـٰهَكَ وَإِلَـٰهَ ءَابَآئِكَ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ إِلَـٰهًا وَٰحِدًا وَنَحْنُ لَهُۥ مُسْلِمُونَ

Transliteration am kuntum shuhadāa idh ḥaḍara yaʿqūba l-mawtu idh qāla libanīhi mā taʿbudūna min baʿdī qālū naʿbudu ilāhaka wa-ilāha ābāika ib'rāhīma wa-is'māʿīla wa-is'ḥāqa ilāhan wāḥidan wanaḥnu lahu mus'limūna

Dhivehi (އޭ يهودي އިންނޭވެ!) يَعْقُوب عليه السّلام ގެ އަވަހާރަވުން އައިހިނދު ކަލޭމެން އެތާ حَاضر ވެތިބީމުހެއްޔެވެ. އެކަލޭގެފާނު އެކަލޭގެފާނުންގެ ބޭފުޅުންނަށް ވިދާޅުވިއެވެ. އަހުރެންނަށްފަހު ކަލޭމެން އަޅުކަންކުރާނީ ކޮންއެއްޗަކަށްހެއްޔެވެ؟ އެބޭފުޅުން ދެންނެވިއެވެ. އަހުރެމެން އަޅުކަންކުރާނީ ކަލޭގެފާނާ ކަލޭގެފާނުންގެ ކާބަފައިންކަމުގައިވާ إبراهيم ގެފާނާއި إسْماعيل ގެފާނާއި އަދި إسْحاق ގެފާނާއި (عليهم السّلام) މިބޭކަލުންގެވެސް إله އަށެވެ. އެއްކައުވަންތަ ﷲ އަށެވެ. އަޅުގަނޑުމެން ކިޔަމަންތެރިވެގެން މިވަނީ ހަމަ އެކަލާނގެއަށެވެ.

Verse 134

تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْـَٔلُونَ عَمَّا كَانُوا۟ يَعْمَلُونَ

Transliteration til'ka ummatun qad khalat lahā mā kasabat walakum mā kasabtum walā tus'alūna ʿammā kānū yaʿmalūna

Dhivehi އެބޭބޭކަލުންނަކީ ހަމަކަށަވަރުން ވޭތިވެގޮސްފައިވާ ބައެކެވެ. އެބޭކަލުންނަށް އެބޭކަލުން ކުރެއްވިކަމެއް ގެ جَزَاء ހުންނަހުއްޓެވެ. އަދި ކަލޭމެންކުރިކަމެއްގެ جَزَاء ކަލޭމެނަށް ހުންނަހުއްޓެވެ. އަދި އެބޭކަލުން ކުރަމުންދިޔަ ކަންކަމާމެދު ކަލޭމެންނާ ސުވާލު ނުވެވޭނެއެވެ.

Verse 135

وَقَالُوا۟ كُونُوا۟ هُودًا أَوْ نَصَـٰرَىٰ تَهْتَدُوا۟ ۗ قُلْ بَلْ مِلَّةَ إِبْرَٰهِـۧمَ حَنِيفًا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ

Transliteration waqālū kūnū hūdan aw naṣārā tahtadū qul bal millata ib'rāhīma ḥanīfan wamā kāna mina l-mush'rikīna

Dhivehi އަދި يَهُودي ންނާއި نَصَارى އިން ބުނީ އޭ مؤمن ންނޭވެ! ކަލޭމެންވެސް يَهودي ންކަމުގައި ނުވަތަ نَصَارى އިންކަމުގައިވާށެވެ! އޭރުން ކަލޭމެނަށް ތެދުމަގު ލިބޭނެއެވެ. (އޭ رَسُول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ! އަހުރެމެން تبع ވާނީ إبراهيم عليه السّلام ގެ ދީނާއެވެ. އެއީ توحيد އަށް ސީދާވެގެންވާ ދީނެވެ. އަދި އެކަލޭގެފާނު مشرك ންގެތެރެއިން ނުވެއެވެ.

Verse 136

قُولُوٓا۟ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ إِلَىٰٓ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَمَآ أُوتِىَ ٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ

Transliteration qūlū āmannā bil-lahi wamā unzila ilaynā wamā unzila ilā ib'rāhīma wa-is'māʿīla wa-is'ḥāqa wayaʿqūba wal-asbāṭi wamā ūtiya mūsā waʿīsā wamā ūtiya l-nabiyūna min rabbihim lā nufarriqu bayna aḥadin min'hum wanaḥnu lahu mus'limūna

Dhivehi އޭ مؤمن ންނޭވެ! ކަލޭމެން އެމީހުންނަށް ބުނާށެވެ. އަހުރެމެން ﷲ އަށް އީމާންވެއްޖައީމުއެވެ. އަދި އަހުރެމެންނަށް ބާވައިލެއްވި ތަކެއްޗަށް - ކީރިތި قرآن އަށް އަހުރެމެން އީމާންވެއްޖައީމުއެވެ. އަދި إبراهيم އާއި إسْماعيل އާއި إسْحاق އާއި އަދި يَعْقُوب ގެފާނަށާއި އަދި أسباط ންގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށާ (أسباط އަކީ يعقوب ގެފާނުންގެ 12 ބޭފުޅުންނެވެ. އެއިން ކޮންމެ ބޭކަލެއްގެ ދަރިކޮޅަކީ أمّة އެކެވެ.) (عليهم السّلام) މި އެންމެ ބޭކަލުންނަށް ބާވައިލެއްވުނު ތަކެއްޗަށެވެސް އަހުރެމެން އީމާންވެއްޖައީމުއެވެ. އަދި موسى އާއި عيسى (عليهما السّلام) އަށް ދެއްވުނު ތަކެއްޗަށާއި އަދި އެހެނިހެން ނަބީބޭކަލުންނަށްވެސް އެބޭކަލުންގެ رَبّ ގެ حضرة ން ދެއްވުނު ތަކެއްޗަށް އަހުރެމެން ފުރިހަމައަށް އީމާންވަމުއެވެ. އަދި نَبِى ބޭކަލެއްގެ حَيْثِيَّة ން އެއިން އެއްވެސް ބޭކަލަކު ވަކިކޮށް ތަފާތު ނުކުރަމެވެ. އެންމެ ބޭކަލުންނީވެސް ﷲ ފޮނުއްވި نبي ންނާއި رَسُول ންކަމުގައި އެއްބަސްވެ އެބޭކަލުންނަށް އީމާންވެ އެބޭކަލުން ތެދުކުރަމުއެވެ. އަދި އަހުރެމެން މިވަނީ ކަނޑައެޅިގެން އެކަލާނގެއަށް ކިޔަމަންވެ مُسْلِم ންކަމުގައިވެގެންނެވެ.

Verse 137

فَإِنْ ءَامَنُوا۟ بِمِثْلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا هُمْ فِى شِقَاقٍ ۖ فَسَيَكْفِيكَهُمُ ٱللَّهُ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ

Transliteration fa-in āmanū bimith'li mā āmantum bihi faqadi ih'tadaw wa-in tawallaw fa-innamā hum fī shiqāqin fasayakfīkahumu l-lahu wahuwa l-samīʿu l-ʿalīmu

Dhivehi ފަހެ އެމީހުންވެސް - އެބަހީ يهودي ންނާއި نَصَارى އިންވެސް ކަލޭމެން مؤمن ން ތިޔަ އީމާންވީ ތަކެއްޗަށް އީމާންވެ އެތަކެތި ތެދުކުރިނަމަ ހަމަކަށަވަރުން އެމީހުންނަށްވެސް ތެދުމަގު ލިބުނީހެވެ. އަދި އެމީހުން އެނބުރި ފުރަގަސްދީފިއްޔާ (ދަންނާށެވެ!) ހަމަކަށަވަރުން އެމީހުން އެވަނީ ކަނޑައެޅިގެން ދެކޮޅުވެރިކަމެއްގައެވެ. ފަހެ އެމީހުންގެ ނުރައްކަލުން ނިކަންހުރެ ﷲ تعالى ކަލޭގެފާނަށް ފުއްދަވައިދެއްވާހުއްޓެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 138

صِبْغَةَ ٱللَّهِ ۖ وَمَنْ أَحْسَنُ مِنَ ٱللَّهِ صِبْغَةً ۖ وَنَحْنُ لَهُۥ عَـٰبِدُونَ

Transliteration ṣib'ghata l-lahi waman aḥsanu mina l-lahi ṣib'ghatan wanaḥnu lahu ʿābidūna

Dhivehi ކަލޭމެން ﷲ ގެ ކުލަޖައްސާށެވެ! ﷲ ގެ دين އަށް ވަންނާށެވެ. އަދި ﷲ ގެ دين އަށްވުރެ ވަކިން ހެޔޮވެގެންވަނީ ކޮން دين އެއް ހެއްޔެވެ؟ އެއަށްވުރެ ހެޔޮ دين އެއް ނުވެއެވެ. އަދި އަހުރެމެންނީ ހަމަ ސީދާ އެކަލާނގެއަށް އަޅުކަންކުރާ މީހުންނީމުއެވެ. • ދަންނައެވެ! نَصَارى އިންގެ މީހުން އެމީހުންގެ ކުދިން ކުލަފެންގަނޑަކަށް ލައި ކުލައެއް ޖައްސައެވެ. އެއީ އެމީހުންގެ دين ގެމީހެއްކަމުގައި ކަނޑައެޅުމަށެވެ. އެފެނަށް އެމީހުން ކިޔަނީ مَعْمُودِيَّة އެވެ. އެފެނަށްލައި ނެގުމަށްފަހު ދެން އެއީ نَصَارى އެކެވެ. މިއީ مُسْلم ން އެމީހުންގެ ކުދިން خِتَان ކުރާފަދައިން ކުރާކަމެއްކަމުގައިވިއެވެ. އަދި ބައެއް مسلم ން އެމީހުންގެ ދަރިން خِتَان ކުރުމަށްފަހު إسلام دين ގެ ފެންއަޅާށޭ ކިޔައި خِتَان ކުރެވުނުކުއްޖާ ވަކިގޮތަކަށް ފެންވަރުވައި ހަދަނީ މިމީހުންގެ މި خُرَافَات ން އައިކަމެއްކަމަށް ފެނެއެވެ. އެއީ އޮތްކަމެއްނޫނެވެ. މި نَصَار އިންގެ މިކަމަށް ރައްދުކުރައްވައި އެކަލާނގެ وحي ކުރައްވާފައި އެވަނީ صِبْغَةُ ﷲ وَمَنْ أَحْسَنَ مِنَ ﷲ صِبْغَة މި އާޔަތެވެ. والله أعلم.

Verse 139

قُلْ أَتُحَآجُّونَنَا فِى ٱللَّهِ وَهُوَ رَبُّنَا وَرَبُّكُمْ وَلَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ وَنَحْنُ لَهُۥ مُخْلِصُونَ

Transliteration qul atuḥājjūnanā fī l-lahi wahuwa rabbunā warabbukum walanā aʿmālunā walakum aʿmālukum wanaḥnu lahu mukh'liṣūna

Dhivehi އޭ رَسُول ﷲ އެވެ! އެ يهودي ންނާއި نَصَارى އިންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އާއިމެދު ކަލޭމެން އަހުރެމެންނާއި އަރައިރުންވެ جَدَلُ ކުރަނީހެއްޔެވެ؟ އެކަލާނގެއީ އަހުރެމެންގެ އާއި އަދި ކަލޭމެންގެވެސް رَبّ އެވެ. އަހުރެމެންކުރި عمل އެއްގެ ނަތީޖާ އަހުރެމެންނަށް ހުންނަހުއްޓެވެ. އަދި ކަލޭމެން ކުރި عمل އެއްގެ ނަތީޖާ ކަލޭމެންނަށް ހުންނަހުއްޓެވެ. އަދި އަހުރެމެން މިވަނީ ކަނޑައެޅިގެން އެކަލާނގެއަށް إخلاص ތެރިވެގެންނެވެ.

Verse 140

أَمْ تَقُولُونَ إِنَّ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطَ كَانُوا۟ هُودًا أَوْ نَصَـٰرَىٰ ۗ قُلْ ءَأَنتُمْ أَعْلَمُ أَمِ ٱللَّهُ ۗ وَمَنْ أَظْلَمُ مِمَّن كَتَمَ شَهَـٰدَةً عِندَهُۥ مِنَ ٱللَّهِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ

Transliteration am taqūlūna inna ib'rāhīma wa-is'māʿīla wa-is'ḥāqa wayaʿqūba wal-asbāṭa kānū hūdan aw naṣārā qul a-antum aʿlamu ami l-lahu waman aẓlamu mimman katama shahādatan ʿindahu mina l-lahi wamā l-lahu bighāfilin ʿammā taʿmalūna

Dhivehi އޭ يَهودي ންނާ نَصَارى އިންނޭވެ! ކަލޭމެން ތިޔަބުނަނީ ހަމަކަށަވަރުން إبراهيم އާއި إسْماعيل އާއި إسْحَاق އާއި يَعْقُوب އާއި އަދި أَسْبَاط ން (عليهم السّلام) މި އެންމެބޭކަލުންވަނީ يهودي ންކަމުގައި ނުވަތަ نَصَارى އިން ކަމުގައިކަމަށް ހެއްޔެވެ؟ (އޭ رَسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެހެންވިއްޔާ ދެނެގަތުން ބޮޑީ ކަލޭމެން ހެއްޔެވެ؟ ނުވަތަ ﷲ ހެއްޔެވެ؟ އަދި ތިމާގެ އަތުގައިވާ ﷲ ގެ ހެކިބަސް ވަންހަނާކުރި މީހަކަށްވުރެ ވަކީން އަނިޔާވެރިކަންބޮޑީ ފަހެ ކާކުހެއްޔެވެ؟ އެއަށްވުރެބޮޑު އަނިޔާވެރިއަކު ނުވެއެވެ. (އެހެނީ އެމީހުން يعني يهودي ންނާއި نصارى އިންނަށް ރަނގަޅަށް އެނގޭނެއެވެ. އިސްވެދިޔަ ބޭބޭކަލުންނީ مسلم ންކަން އެއީ އެމީހުންގެ ފޮތްތަކުގެ معلومات ންނެވެ.) އަދި ކަލޭމެން ތިޔަކުރާ ކަންތައްތަކާއިމެދު ﷲ غَافِلُ ވެވޮޑިގެން ނުވެއެވެ.

Verse 141

تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْـَٔلُونَ عَمَّا كَانُوا۟ يَعْمَلُونَ

Transliteration til'ka ummatun qad khalat lahā mā kasabat walakum mā kasabtum walā tus'alūna ʿammā kānū yaʿmalūna

Dhivehi ފަހެ އެބޭބޭކަލުންނީ ވޭތިވެގޮސްފައިވާ ބައެކެވެ. އެބޭކަލުން ކުރެއްވި عمل އެއްގެ ފުރިހަމަ جَزَاء އެބޭކަލުންނަށްވެއެވެ. އަދި ކަލޭމެންކުރިކަމެއްގެ ފުރިހަމަ جَزَاء ކަލޭމެނަށް ހުންނަހުއްޓެވެ. އަދި އެބޭކަލުން ކުރިކަންކަމާމެދު ކަލޭމެނާ ސުވާލު ނުވެވޭނެއެވެ.

Verse 142

۞ سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلَّىٰهُمْ عَن قِبْلَتِهِمُ ٱلَّتِى كَانُوا۟ عَلَيْهَا ۚ قُل لِّلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

Transliteration sayaqūlu l-sufahāu mina l-nāsi mā wallāhum ʿan qib'latihimu allatī kānū ʿalayhā qul lillahi l-mashriqu wal-maghribu yahdī man yashāu ilā ṣirāṭin mus'taqīmin

Dhivehi މީސްތަކުންގެތެރެއިން ބުއްދިހަމަ ނުޖެހޭ جَاهِل މީހުން ނިކަންހުރެ ބުނާނެއެވެ. އެމީހުންނަކީ އެއީ يهودي ންނާއި مُنَافِقُ ންނެވެ. އެމީހުން ބުނާނެއެވެ. މި مُؤمن ންގެމީހުން އެ قبلة އަކާއި ދިމާއަށް ނަމާދުކުރަމުން އައި قِبْلَة އިން - (بَيْتُ الْمَقْدِس - އިން) އެހެންދިމާއަކަށް އެމީހުން އަނބުރުވައިލީ ކޮންއެއްޗެއް ބާވައެވެ؟ ކިއެއްވެގެންބާވައެވެ؟ އޭގެ جَواب ގައި ﷲ އެ އަންގަވަނީ އޭ محمّد ގެފާނެ ކަލޭގެފާނު ވިދާޅުވާށެވެ! مَشْرِق ފަރާތާއި مَغْرِب ފަރާތްވެސް مِلْكُ ވެ خَاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެބަހީ މުޅިދުނިޔެވެސް އެއީ އެކަލާނގެ مِلْك އެވެ. އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ސީދާވެގެންވާ ތެދުމަގު ދައްކަވައެވެ.

Verse 143

وَكَذَٰلِكَ جَعَلْنَـٰكُمْ أُمَّةً وَسَطًا لِّتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيْكُمْ شَهِيدًا ۗ وَمَا جَعَلْنَا ٱلْقِبْلَةَ ٱلَّتِى كُنتَ عَلَيْهَآ إِلَّا لِنَعْلَمَ مَن يَتَّبِعُ ٱلرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى ٱلَّذِينَ هَدَى ٱللَّهُ ۗ وَمَا كَانَ ٱللَّهُ لِيُضِيعَ إِيمَـٰنَكُمْ ۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ

Transliteration wakadhālika jaʿalnākum ummatan wasaṭan litakūnū shuhadāa ʿalā l-nāsi wayakūna l-rasūlu ʿalaykum shahīdan wamā jaʿalnā l-qib'lata allatī kunta ʿalayhā illā linaʿlama man yattabiʿu l-rasūla mimman yanqalibu ʿalā ʿaqibayhi wa-in kānat lakabīratan illā ʿalā alladhīna hadā l-lahu wamā kāna l-lahu liyuḍīʿa īmānakum inna l-laha bil-nāsi laraūfun raḥīmun

Dhivehi އޭ مؤمن ންނޭވެ! ކަލޭމެންނަކީ عَدْل ވެރި أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ލެއްވީ އެފަދައިންނެވެ. يعني: محمّد ﷺ ގެ أمّة ގެ މީހުންކަމުގައި ކަލޭމެންލައްވައި إبراهيم ގެފާނުގެ قبلة އަށް ކަލޭމެނަށް توفيق ދެއްވައި އެންމެ މާތް أمّة ކަމުގައި ތިމަންރަސްކަލާނގެ ކަލޭމެން ލެއްވި ފަދައިން عدل ވެރި أمّة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭމެން ލެއްވީ قيامة ދުވަހުން އެންމެހައި أمّة ތަކަށް ހެކިދޭނޭ ބަޔަކުކަމުގައި ކަލޭމެންވުމަށްޓަކައެވެ. އަދި رَسُول އާ އެއީ ކަލޭމެންގެމައްޗަށް ހެކިދެއްވާނޭ ބޭކަލަކު ކަމުގައި ވުމަށްޓަކައެވެ. އަދި ކަލޭމެން ކުރިން ކުރިމަތިލީ قبلة ބަދަލުކުރައްވައި مسجد الحرام އަށް ކުރިމަތިލުމަށް އެންގެވީ ކަލޭމެންގެ ތެރެއިން رَسُول އާ އާއި تَبَعَ ވާމީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން އެންގެވުމަށެވެ. އަދި قِبلة ބަދަލުކުރެއްވުމުގެ مسألة އަކީ ﷲ އެބަޔަކަށް ތެދުމަގުދެއްކެވި ބަޔަކަށްމެނުވީ ބޮޑުވެގެންވާ ކަމެކެވެ. އަދި ކަލޭމެންގެ ނަމާދާ އަޅުކަން ގެއްލެނިކުރައްވާ ކަލަކުކަމުގައި ﷲ ނުވެއެވެ. ހަމަކަށަވަރުން ﷲ އީ މީސްތަކުންނަށް ނުހަނު އޯގާވަންތަ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 144

قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِى ٱلسَّمَآءِ ۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَىٰهَا ۚ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ ۗ وَإِنَّ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ لَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا يَعْمَلُونَ

Transliteration qad narā taqalluba wajhika fī l-samāi falanuwalliyannaka qib'latan tarḍāhā fawalli wajhaka shaṭra l-masjidi l-ḥarāmi waḥaythu mā kuntum fawallū wujūhakum shaṭrahu wa-inna alladhīna ūtū l-kitāba layaʿlamūna annahu l-ḥaqu min rabbihim wamā l-lahu bighāfilin ʿammā yaʿmalūna

Dhivehi (އޭ رَسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ މޫނުފުޅު ބައެއްފަހަރު އުޑާ ދިމާޔަށް އަނބުރުއްވާތީ ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަމެވެ. ފަހެ ހަމަކަށަވަރުން ކަލޭގެފާނު ރުހިވަޑައިގަންނަވާ قِبْلَة އަކަށް ތިމަންރަސްކަލާނގެ ކަލޭގެފާނު އަނބުރުއްވާހުށީމެވެ. ފަހެ ކަލޭގެފާނުންގެ މޫނުފުޅު مسجد الحرام އާއި ދިމާއަށް އަނބުރުއްވާށެވެ! އަދި ކަލޭމެން ވީ ކޮންމެތަނެއްގައިވެސް ނަމާދުކުރާއިރު އެދިމާއަށް ކުރިމަތިލާށެވެ! އަދި ހަމަކަށަވަރުން أهْل كِتَابُ ންނަށް އެއީ ހަމަ އެމީހުންގެ رَبّ ގެ حضرة ން އައިސްފައިވާ حقّ ތެދުކަން ރަނގަޅަށް އެނގޭނެއެވެ. އަދި އެމީހުން ކުރަމުންދާ ކަންތަކާއިމެދު غَافِلُ ވެވޮޑިގެންވާ ކަލަކު ކަމުގައި ﷲ تعالى ނުވެއެވެ.

Verse 145

وَلَئِنْ أَتَيْتَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ بِكُلِّ ءَايَةٍ مَّا تَبِعُوا۟ قِبْلَتَكَ ۚ وَمَآ أَنتَ بِتَابِعٍ قِبْلَتَهُمْ ۚ وَمَا بَعْضُهُم بِتَابِعٍ قِبْلَةَ بَعْضٍ ۚ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم مِّنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ ۙ إِنَّكَ إِذًا لَّمِنَ ٱلظَّـٰلِمِينَ

Transliteration wala-in atayta alladhīna ūtū l-kitāba bikulli āyatin mā tabiʿū qib'lataka wamā anta bitābiʿin qib'latahum wamā baʿḍuhum bitābiʿin qib'lata baʿḍin wala-ini ittabaʿta ahwāahum min baʿdi mā jāaka mina l-ʿil'mi innaka idhan lamina l-ẓālimīna

Dhivehi (އޭ رَسول ﷲ އެވެ!) يهودي ންނާއި نَصَارى އިންގެގާތަށް ކަލޭގެފާނު ކޮންމެފަދަ دليل އެއް ގެންނެވިޔަސް އެމީހުން ކަލޭގެފާނުންގެ قبلة އާއި تبع ނުވާނެއެވެ. އަދި ކަލޭގެފާނަކީވެސް އެމީހުންގެ قبلة އާއި تبع ވާނޭ ބޭކަލަކުކަމުގައި ނުވެއެވެ. އަދި އޭގެ އެއްބަޔަކުވެސް އަނެއްބައެއްގެ قبلة އާއި تبع ވާނޭ ކަމުގައި ނުވެއެވެ. އަދި عِلْم އާއި وحي ގެތެރެއިން ކަލޭގެފާނަށް ލިބިވަޑައިގެންނެވި معلومات އަށްފަހު އެތަކެތި ދޫކޮށް އެމީސްމީހުންގެ هَوَى نفس އާއި ކަލޭގެފާނު تبع ވެވަޑައިގެންފިއްޔާ ދެން އޭރުން ކަލޭގެފާނު ވާހުށީ ކަނޑައެޅިގެން އަނިޔާވެރިންގެތެރެއިންނެވެ. (ކަލޭގެފާނަށް މިދެއްވި قبلة އަކީ ހަމަ حقّ قبلة އެވެ.)

Verse 146

ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمْ ۖ وَإِنَّ فَرِيقًا مِّنْهُمْ لَيَكْتُمُونَ ٱلْحَقَّ وَهُمْ يَعْلَمُونَ

Transliteration alladhīna ātaynāhumu l-kitāba yaʿrifūnahu kamā yaʿrifūna abnāahum wa-inna farīqan min'hum layaktumūna l-ḥaqa wahum yaʿlamūna

Dhivehi يهودي ންނާއި نَصَارى އިން އެމީހުން އެމީހުންގެ ދަރިން ދަންނަފަދައިން އެއީ حَقّ ކަން ދަންނާނެއެވެ. (مؤمن ންގެ قبلة އަކީ مسجد الحرام ކަން) ދަންނާނެއެވެ. ނުވަތަ محمّد ގެފާނުންގެ رسول ކަމަކީ ހަމަ حقّ رسول ކަމެއްކަން ދަންނާނެއެވެ. އެއީ އެމީހުންގެ ފޮތްތަކުންނާއި އިސްވެދިޔަ رسول ންގެ ބަސްފުޅުތަކުންނެވެ. އަދި އެހެނެއްކަމަކު އެމީހުންކުރެ އެއްބަޔަކު ރަނގަޅަށް ދެނެތިބި حال އެ حقّ ވަންހަނާކޮށް ފޮރުވަނީއެވެ.

Verse 147

ٱلْحَقُّ مِن رَّبِّكَ ۖ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ

Transliteration al-ḥaqu min rabbika falā takūnanna mina l-mum'tarīna

Dhivehi އޭ رَسول ﷲ އެވެ! ކަލޭގެފާނުންގެ رَبّ ގެ حضرة ން އައިސްފައި އެވަނީ ހަމަ حقّ އެވެ. (مؤمن ންގެ قبلة އަކީ ހަމަ مسجد الحرام އެވެ.) ފަހެ ކަލޭގެފާނު ޝައްކުކުރާމީހުންގެ ތެރެއިން ނުވާހުށިކަމެވެ.

Verse 148

وَلِكُلٍّ وِجْهَةٌ هُوَ مُوَلِّيهَا ۖ فَٱسْتَبِقُوا۟ ٱلْخَيْرَٰتِ ۚ أَيْنَ مَا تَكُونُوا۟ يَأْتِ بِكُمُ ٱللَّهُ جَمِيعًا ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration walikullin wij'hatun huwa muwallīhā fa-is'tabiqū l-khayrāti ayna mā takūnū yati bikumu l-lahu jamīʿan inna l-laha ʿalā kulli shayin qadīrun

Dhivehi އަދި ކޮންމެ دين އެއްގެ ބަޔަކަށްވެސް ވަކިދިމާއެއް خاصّ ވެގެންވެއެވެ. އެއީ އެބަޔަކު އަޅުކަންކުރާއިރު ކުރިމަތިލާ قبلة އެވެ. ދިމާއެވެ. ފަހެ އެހެންވެ ހެޔޮކަންތައްތައް ކުރުމަށް ވާދަކޮށް އަވަސްވެގަންނާށެވެ! ކަލޭމެން ކޮންމެތާކު މަރުވެ ވަޅުލެވިފައިވިޔަސް قيامة ދުވަހުން ﷲ تعالى ކަލޭމެން އެންމެން އެއްކުރައްވާ جَمَعَ ކުރައްވާހުއްޓެވެ. ހަމަކަށަވަރުން ﷲ تعالى އީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ.

Verse 149

وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۖ وَإِنَّهُۥ لَلْحَقُّ مِن رَّبِّكَ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ

Transliteration wamin ḥaythu kharajta fawalli wajhaka shaṭra l-masjidi l-ḥarāmi wa-innahu lalḥaqqu min rabbika wamā l-lahu bighāfilin ʿammā taʿmalūna

Dhivehi (އޭ رَسُول ﷲ އެވެ!) ކަލޭގެފާނު ނުކުމެވަޑައިގެންނެވި ކޮންމެތާކުވެސް އަދި ކޮންމެތާކު ހުންނެވިޔަސް ނަމާދުކުރައްވާއިރު قِبْلَة އަކަށް مَسْجِدُ الحَرَام އަށް ކަލޭގެފާނު ކުރިމަތިފުޅުލައްވާށެވެ! އެއީ ހަމަކަށަވަރުން ކަލޭގެފާނުގެ رَبّ ގެ حضرة ން އައިސްފައިވާ حقّ ކަން ކަށަވަރެވެ. އަދި ކަލޭމެން ކުރާކަންތަކާއިމެދު ﷲ تعالى غَافِل ވެވޮޑިގެން ނުވެއެވެ.

Verse 150

وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ لِئَلَّا يَكُونَ لِلنَّاسِ عَلَيْكُمْ حُجَّةٌ إِلَّا ٱلَّذِينَ ظَلَمُوا۟ مِنْهُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِى وَلِأُتِمَّ نِعْمَتِى عَلَيْكُمْ وَلَعَلَّكُمْ تَهْتَدُونَ

Transliteration wamin ḥaythu kharajta fawalli wajhaka shaṭra l-masjidi l-ḥarāmi waḥaythu mā kuntum fawallū wujūhakum shaṭrahu li-allā yakūna lilnnāsi ʿalaykum ḥujjatun illā alladhīna ẓalamū min'hum falā takhshawhum wa-ikh'shawnī wali-utimma niʿ'matī ʿalaykum walaʿallakum tahtadūna

Dhivehi އަދި ކަލޭގެފާނު ނުކުމެވަޑައިގެން ހުންނެވި ކޮންމެތަނެއްގައިވެސް ނަމާދުފުޅު ކުރައްވަންޏާ مَسْجِدُ الحَرَام އަށް ކުރިމަތިފުޅުލައްވާށެވެ! އަދި އޭ مؤمن ންނޭވެ! ކަލޭމެންވީ ކޮންމެތަނެއްގައިވެސް ކަލޭމެން ނަމާދުކުރާއިރު އެދިމާއަށް ކުރިމަތިލާށެވެ! އެއީ އެއްވެސް ބަޔަކަށް ކަލޭމެންގެމައްޗަށް حُجَّة ދެއްކެން ނޯންނާނެގޮތުންނެވެ. (يهودي ންގެމީހުން ބުނަނީ محمّد ގެފާނާއި އެކަލޭގެފާނުންގެ أصحاب ން އެއުޅެނީ އަހުރެމެންނާ ތަފާތު ދީނެއްގައެވެ. އެކަމަކު ނަމާދުކުރަނީ އަހުރެމެންގެ قِبْلَة އަށެވެ. މި حُجَّة ގެ މަތިން އެމީހުން جَدَل ކުރާކަމުގައިވިއެވެ. އެހެންވެ ﷲ تعالى مؤمن ންގެ ކިބައިން އެއުނދަގޫ ފިއްލަވައިދެއްވީއެވެ. މިހާރު ދެން އެމީހުންނަކަށް އެގޮތަށް ދިމާކުރުމުގެ އެއްވެސް حُجَّة އެއްނެތެވެ.) އެމީހުންގެތެރެއިން އަނިޔާވެރިވެގެންވާ މީހަކު މެނުވީއެވެ. އެމީހުންނަކީ قريش ވަންހައިގެ މީހުންނެވެ. ފަހެ ކަލޭމެން އެމީހުންދެކެ ބިރުނުގަންނާށެވެ! އަދި ތިމަންރަސްކަލާނގެއަށް ކަލޭމެން ބިރުގަންނާށެވެ! އަދި قبلة ބަދަލުކުރެއްވީ ތިމަންރަސްކަލާނގެ نعمة ކަލޭމެންގެމައްޗަށް ފުރިހަމަކުރެއްވުމަށެވެ. އަދި ކަލޭމެންނަށް ތެދުމަގު ލިބުމުގެ ގޮތުންނެވެ.

Verse 151

كَمَآ أَرْسَلْنَا فِيكُمْ رَسُولًا مِّنكُمْ يَتْلُوا۟ عَلَيْكُمْ ءَايَـٰتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَيُعَلِّمُكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ

Transliteration kamā arsalnā fīkum rasūlan minkum yatlū ʿalaykum āyātinā wayuzakkīkum wayuʿallimukumu l-kitāba wal-ḥik'mata wayuʿallimukum mā lam takūnū taʿlamūna

Dhivehi އެއީ ކަލޭމެންގެ ތެރެއިން رَسُول ބޭކަލަކު ކަލޭމެންގެތެރެއަށް ފޮނުއްވިފަދައިންނެވެ. (އެއީވެސް ކަލޭމެންގެމައްޗަށް ތިމަންރަސްކަލާނގެ نعمة ފުރިހަމަ ކުރެއްވުމުގެ ތެރެއިން ވާކަމެކެވެ.) އަދި އެބޭކަލަކު ތިމަންރަސްކަލާނގެ އާޔަތްތައް ކަލޭމެންނަށް ކިޔަވައިދެއްވައި ޝިރުކާއި އަދި ހަޑިހުތުރު އެންމެހައި ކަމަކުން ކަލޭމެން طَاهِر ކުރައްވައި އަދި އެކަލޭގެފާނު ކަލޭމެންނަށް ކީރިތި قرآن އާއި މާތްވެގެންވާ سُنّة އުގަންނަވައިދެއްވައި އަދިވެސް ކަލޭމެން ދަންނަކަމުގައި ނުވާ އެތައްކަމެއް އެކަލޭގެފާނު ކަލޭމެންނަށް އުގަންނަވައި ދެއްވުމަށެވެ.

Verse 152

فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ

Transliteration fa-udh'kurūnī adhkur'kum wa-ush'kurū lī walā takfurūni

Dhivehi ފަހެ ކަލޭމެން ތިމަންރަސްކަލާނގެ ހަނދާންކޮށް ތިމަންރަސްކަލާނގެއަށް ذِكر ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ކަލޭމެން ހަނދުމަކުރައްވާވޮޑިގެންވާހުށީމެވެ. އަދި ކަލޭމެން ތިމަންރަސްކަލާނގެއަށް شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ކަލޭމެން ކާފަރުނުވާށެވެ! * ދަންނައެވެ! سَيَقُول السُّفَهَاء މިތަނުން ފެށިގެންވާ ގާތްގަނޑަކަށް މިހާތަނަށް މިވަނީ بَيْتُ المَقْدِس ން مَسْجِدُ الحَرَام އަށް قِبْلَة ބަދަލުކުރެއްވުމުގެ ވާހަކައެވެ. އެކަންހިނގީ هجرة އިންދެވަނައަހަރުގައި ކަމުގައިވެއެވެ. رَسُول ﷲ ﷺ، މަދީނާއަށް ވަޑައިގެންނެވިފަހުން بَيْتُ المَقْدِس އާ ދިމާއަށް ނަމާދުފުޅުކުރެއްވީ ސޯޅަ ނުވަތަ ސަތާރަ މަސްދުވަހުއެވެ. އޭގެފަހުން كعبة ﷲ އާއި ދިމާއަށް - އެބަހީ مَسْجِدُ الحَرَام - އާއި ދިމާއަށް ކުރިމަތިލެއްވުމަށް އަމުރުފުޅު އައުމުން އެވަގުތުން ފެށިގެން مسلم ންގެ قِبْلَة އެއްކަމުގައި مكّة ގެ مَسْجِدُ الحَرَام ވެގެން ދިޔައީއެވެ. އެދިމާއަށް އެންމެފުރަތަމަ ކުރެއްވި ނަމާދެއްކަމުގައިވަނީ عصر ނަމާދެވެ. އަދި قِبْلَة މިގޮތަށް ބަދަލުކުރެއްވުމުގެ ސަބަބުންވެސް، އަދި އޭގެ حِكمة އެވަނީ آية ގައި އަންގަވާފައެވެ. އެއީ رَسُول އާ އަށް تَبَعَ ވާމީހުންނާ ނުވާމީހުން ބެއްލެވުމަށެވެ. މިކަމާ ބެހޭ ދިގުވާހަކަތައް سِيرة ފޮތްތަކާއި تفسير ފޮތްތަކުގައިވެސްވެއެވެ. އެވާހަކަތައް މިފޮތާ އެކަށީގެންނުވާތީ މިވަރުން ފުއްދައިލީއެވެ.

Verse 153

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ

Transliteration yāayyuhā alladhīna āmanū is'taʿīnū bil-ṣabri wal-ṣalati inna l-laha maʿa l-ṣābirīna

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ކަލޭމެން ވާގިއެދޭށެވެ! (ﷲ ގެ ކިޔަމަންތެރިކަމުގައި ހުރުމަށް ވާގިއެދޭށެވެ! އެހެނީ ކަންކަމުގެމައްޗަށް قواعد ން ކެތްކުރުމީ ﷲ ގެ ރުހިވޮޑިގަތުން ލިބޭނެކަމެކެވެ. ނަމާދުކުރުމުން ﷲ ގެ حضرة ން ތިމާމެންގެ ބޭނުންތައް ފުއްދުން ގާތްވެގެންވެއެވެ.) ހަމަކަށަވަރުން ކެތްތެރިންނާއެކު ﷲ ގެ ފުރިހަމަ ރުހިވޮޑިގަތުންވެއެވެ.

Verse 154

وَلَا تَقُولُوا۟ لِمَن يُقْتَلُ فِى سَبِيلِ ٱللَّهِ أَمْوَٰتٌۢ ۚ بَلْ أَحْيَآءٌ وَلَـٰكِن لَّا تَشْعُرُونَ

Transliteration walā taqūlū liman yuq'talu fī sabīli l-lahi amwātun bal aḥyāon walākin lā tashʿurūna

Dhivehi އަދި ﷲ ގެމަގުގައި ހަނގުރާމަކޮށް މަރުވެގެންދިޔަ މީހުންނަކީ حقيقة ގައި މަރުވެދިޔަބައެއް ކަމުގައި ކަލޭމެން ނުބުނާށެވެ! އަދި ކިއެއްހެއްޔެވެ؟ އެމީހުންނަކީ އެމީހުންގެ ربّ ގެ حضرة ގައި ދިރިތިބި ބައެކެވެ. އަދި ކަލޭމެންނަށް އެއްގޮތަކަށްވެސް އެކަމެއްނޭނގޭނެއެވެ. إحساس ނުވާނެއެވެ.

Verse 155

وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّـٰبِرِينَ

Transliteration walanabluwannakum bishayin mina l-khawfi wal-jūʿi wanaqṣin mina l-amwāli wal-anfusi wal-thamarāti wabashiri l-ṣābirīna

Dhivehi ބިރުވެރިކަމުގެ ކަންކަން ދިމާކުރެއްވުމުންނާއި ބަނޑުހައިހޫނުކަން ދިމާކުރެއްވުމުންނާއި މުދާ މަދުކުރެއްވުމުންނާ އަދި މީހުން މަދުކުރެއްވުމުންނާއި އަދި ގަސްގަހާގެހީގެމަތިވަރު މަދުކުރެއްވުމުންނާއި މިފަދަ އެންމެހައި ކަންކަމުން ތިމަންރަސްކަލާނގެ ކަލޭމެން إمتحان ކުރައްވާހުށީމެވެ. އީމާންކަން ޓެސްޓް ކުރައްވާ ހުށީމެވެ. މިފަދަ ކަންކަން ދިމާވާވަގުތު ފުރިހަމަގޮތުގައި ކެތްތެރިވާމީހުންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ!

Verse 156

ٱلَّذِينَ إِذَآ أَصَـٰبَتْهُم مُّصِيبَةٌ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ

Transliteration alladhīna idhā aṣābathum muṣībatun qālū innā lillahi wa-innā ilayhi rājiʿūna

Dhivehi ދެންފަހެ މިބުނާ ކެތްތެރިންނަކީ އެމީހުންނަށް مُصِيْبَة އެއް އަދި ނޭދެވޭ ކަންތައްގަނޑެއް ދިމާވާވަގުތު ﷲ ހަނދާންކޮށް "إنَّا لِلَّهِ وَإِنَّا إِلَيهِ رَاجِعُون" މިފަދައިން ކިޔާ ﷲ ގެ حضرة ން ވާގިއެދި އެފަރާތަށް رُجُوع ވާމީހުންނެވެ. އެ عِبَارَة ގެ މާނައީ "އަހުރެމެންނީ ﷲ ގެ مِلْك އެކެވެ. އަދި އަހުރެމެން އެނބުރި رُجُوع ވުންވެސްވަނީ ހަމަ އެކަލާނގެ حضرة އަށެވެ." މިއެވެ.

Verse 157

أُو۟لَـٰٓئِكَ عَلَيْهِمْ صَلَوَٰتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُهْتَدُونَ

Transliteration ulāika ʿalayhim ṣalawātun min rabbihim waraḥmatun wa-ulāika humu l-muh'tadūna

Dhivehi މިފަދަ ސިފަހުރި މާތްމީހުން ދަންނައެވެ. އެފަދަމީހުންނަށް އެމީހުންގެ رَبّ ގެ حضرة ން ފާފަފުއްސެވުމާ رحمة ލެއްވުންވެއެވެ. އަދި އެމީހުންނަކީ ކަނޑައެޅިގެން ތެދުމަގުގައި ވާމީހުންނެވެ.

Verse 158

۞ إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ ۖ فَمَنْ حَجَّ ٱلْبَيْتَ أَوِ ٱعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ

Transliteration inna l-ṣafā wal-marwata min shaʿāiri l-lahi faman ḥajja l-bayta awi iʿ'tamara falā junāḥa ʿalayhi an yaṭṭawwafa bihimā waman taṭawwaʿa khayran fa-inna l-laha shākirun ʿalīmun

Dhivehi ހަމަކަށަވަރުން (مكّة ގެ حَرَم ކައިރީގައިވާ) صَفَا ފަރުބަދައާއި مَرْوَة ފަރުބަދައާއި ދެފަރުބަދައަކީ ﷲ ގެ دين ގެ علامة ތަކުގެތެރެއިން ހިމެނިގެންވާ ދެފަރުބަދައެވެ. ފަހެ ގެފުޅަށްގޮސް حجّ ވާމީހާ ނުވަތަ عُمْرَة ވުމަށްދާމީހާ އެދެމެދު سَعْيُ ކުރުމަކީ - ކަނޑައެޅިގެންވާ قواعد ން ހިނގުމަކީ އޭނާގެ މައްޗަށް ކުށެއްއޮތްކަމެއް ނޫނެވެ. (އެދެމެދު ހިނގުމަކީ حَجُّ عُمْرة ގެ واجب ގެތެރެއިން ވާކަމެކެވެ.) އަދި فرض حَجّ ފިޔަވައި سُنَّة ގެގޮތުން حَجُّ عُمْرة ކުރިމީހާއަށްވެސް ހެވާއި ދަރުމަހުއްޓެވެ. ފަހެ ހަމަކަށަވަރުން ﷲ އީ އަޅުތަކުންގެ ހެޔޮ عَمل ތަކަށް شكر ވެރިވެވޮޑިގަންނަވާ އަދި އެމީހުންގެ عمل ތަކުގެ ހެޔޮނުބައި ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 159

إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَـٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّـٰهُ لِلنَّاسِ فِى ٱلْكِتَـٰبِ ۙ أُو۟لَـٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّـٰعِنُونَ

Transliteration inna alladhīna yaktumūna mā anzalnā mina l-bayināti wal-hudā min baʿdi mā bayyannāhu lilnnāsi fī l-kitābi ulāika yalʿanuhumu l-lahu wayalʿanuhumu l-lāʿinūna

Dhivehi ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފޮތުގައި ބާވައިލެއްވި بَيَان ވެގެންވާ دَليل އާއި ތެދުމަގު މީސްތަކުންނަށް بَيَان ކޮށްދެއްވައި އެންގެވުމަށްފަހު އެތަކެތި ވަންހަނާކޮށް ސިއްރުކޮށް މީސްތަކުންނަށް عامّ ކޮށް ނާންގާމީހުން ދަންނައެވެ. އެމީހުންނަށްހުރީ ﷲ ގެ لَعْنَة އާއި މަލާއިކަތްބޭކަލުންގެ لَعْنَة އެވެ. މިއާޔަތުން بَيَان ކޮށްދެއްވަނީ يهودي ންގެ ބައެއް عَالِم ން ކަންތައްކުރިގޮތެއްގެ ވާހަކައެވެ. އެމީހުންގެ ފޮތްތަކުގައިވާ محمّد ﷺ ގެ ބައެއް خبر ތަކާއި އެކަލޭގެފާނުންގެ ބައެއް ސިފަފުޅުވެސް بَيَان ކުރައްވައި އެކަލޭގެފާނީ ފަހުޒަމާނުގެ نبي އާ ކަމާ މިއެންމެހައިކަންތައް އެމީހުނަށް އެންގެވުމަށްފަހު އެމީހުން މިކަން މީސްތަކުންނަށް ވަންހަނާކޮށް އެކަލޭގެފާނު رسول ކަމާއިގެން ވަޑައިގަތުމުން ނޭނގޭކަމަށް ހަދައިގެން ތިބި ވާހަކައެވެ. ފަހެ يهودي ންނޫނެއްކަމަކު إسلام دين ގެކަމެއް ތިމާއަށް އެނގިހުރެ އެކަމަކާއި ސުވާލުވެވުމުން ވަންހަނާކޮށް އޮޅުވައިލި ކޮންމެމީހަކު މިއާޔަތުގައި މިވާ وعيد ގެ ދަށަށްވަންނާނެއެވެ. އެމީހަކަށް ﷲ ގެ لعنة حقّ ވެއްޖެއެވެ.

Verse 160

إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَبَيَّنُوا۟ فَأُو۟لَـٰٓئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ

Transliteration illā alladhīna tābū wa-aṣlaḥū wabayyanū fa-ulāika atūbu ʿalayhim wa-anā l-tawābu l-raḥīmu

Dhivehi އެފަދަމީހުންކުރެ تَوبة ވެ އެމީހުން ނުބައިކުރިކަންތައް إصلاح ކޮށް ރަނގަޅުގޮތް بَيَان ކޮށްދިންމީހުން މެނުވީއެވެ. ފަހެ އެފަދަމީހުންނަށް ﷲ تَوبة ލައްވާނެކަމުގައި އަންގަވާފައިވެއެވެ. އަދި އެކަލާނގެ އެ އަންގަވަނީ ތިމަންރަސްކަލާނގެއީ ގިނަގިނައިން توبة ލައްވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަމުގައެވެ.

Verse 161

إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ أُو۟لَـٰٓئِكَ عَلَيْهِمْ لَعْنَةُ ٱللَّهِ وَٱلْمَلَـٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ

Transliteration inna alladhīna kafarū wamātū wahum kuffārun ulāika ʿalayhim laʿnatu l-lahi wal-malāikati wal-nāsi ajmaʿīna

Dhivehi ހަމަކަށަވަރުން ކާފަރުވީ މީސްތަކުން އަދި އެމީހުން އެކާފަރުކަންމަތީ މަރުވެދިޔަކަމުގައިވަންޏާ އެމީހުންނަށް ﷲ އާއި ملائكة ބޭކަލުންނާ އަދި އެންމެހައި މީސްތަކުންގެ لعنة ހުއްޓެވެ.

Verse 162

خَـٰلِدِينَ فِيهَا ۖ لَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنظَرُونَ

Transliteration khālidīna fīhā lā yukhaffafu ʿanhumu l-ʿadhābu walā hum yunẓarūna

Dhivehi އެމީހުންގެ އެ لَعْنَة ގައި ނުވަތަ عَذَاب ގައި ދެމިތިބޭހުއްޓެވެ. އަދި އެމީހުންގެކިބައިން عَذَاب ލުއިނުވެވޭ ހުއްޓެވެ. އަދި އެމީހުންނަކީ عُذُر ވެރިވުމަށްޓަކައި އެއްވެސް ތަންވަޅެއްވެސް ލިބޭނޭބަޔަކުކަމުގައިވެސް ނުވެއެވެ.

Verse 163

وَإِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ لَّآ إِلَـٰهَ إِلَّا هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ

Transliteration wa-ilāhukum ilāhun wāḥidun lā ilāha illā huwa l-raḥmānu l-raḥīmu

Dhivehi އަދި ކަލޭމެންގެ إله އަކީ ހަމައެއްކައުވަންތަ އެންމެ إله އެކެވެ. އެކަލާނގެ ފިޔަވައި އަޅުކަންވެވުން حقّ އެހެން އެއްވެސް إله އަކު ނުވެއެވެ. އެކަލާނގެއީ رحمن ވަންތަ رحيم ވަންތަ ކަލާނގެއެވެ.

Verse 164

إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَٱلْفُلْكِ ٱلَّتِى تَجْرِى فِى ٱلْبَحْرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٍ وَتَصْرِيفِ ٱلرِّيَـٰحِ وَٱلسَّحَابِ ٱلْمُسَخَّرِ بَيْنَ ٱلسَّمَآءِ وَٱلْأَرْضِ لَـَٔايَـٰتٍ لِّقَوْمٍ يَعْقِلُونَ

Transliteration inna fī khalqi l-samāwāti wal-arḍi wa-ikh'tilāfi al-layli wal-nahāri wal-ful'ki allatī tajrī fī l-baḥri bimā yanfaʿu l-nāsa wamā anzala l-lahu mina l-samāi min māin fa-aḥyā bihi l-arḍa baʿda mawtihā wabatha fīhā min kulli dābbatin wataṣrīfi l-riyāḥi wal-saḥābi l-musakhari bayna l-samāi wal-arḍi laāyātin liqawmin yaʿqilūna

Dhivehi ހަމަކަށަވަރުން އުޑުތަކާއި ބިންހެއްދެވުމުގައްޔާއި، ރޭގަނޑާ ދުވާލު ތަފާތުކުރެއްވުމުގައްޔާއި، އަދި މީސްތަކުންގެ مَنْفَعَ އަށްޓަކައި ކަނޑުގައި ދުވާ އުޅަނދުތަކުގައްޔާއި - އަދި ﷲ އުޑުން ބާވައިލައްވާ ފެނުގައްޔާއި ބިންގަނޑު މަރުވެ އޮތުމަށްފަހު އެފެނުން އެކަލާނގެ ދިރުއްވައި އަދި ބިމުގައި އެކަލާނގެ ހައްދަވާ ދޫކުރައްވާފައިވާ ގިނަ ދިރޭތަކެތީގައްޔާއި އަދި އެކި ދިމަދިމާލަށް ވައި ބަދަލުކުރެއްވުމުގައްޔާއި - އަދި އުޑާއި ބިމާއި ދެމެދު ކިޔަމަންކުރެއްވި ހިފެހެއްޓެވިފައިވާ ވިލާތަކުގައްޔާއި މި އެންމެހައި ކަންކަމުގައި ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ މައްޗަށް دليل ކުރާ ހެކިތަކާއި علامة ތައްވާކަން ކަށަވަރެވެ. އެކަމަކު އެއީ ބުއްދިކޮށް فكر ކުރާ ބަޔަކަށެވެ. (އެހެންބަޔަކަށް މިއިން އެއްވެސްއެއްޗަކުން އެއްޗެއް ވިސްނާކަށް ނޭނގޭނެއެވެ.)

Verse 165

وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ ۗ وَلَوْ يَرَى ٱلَّذِينَ ظَلَمُوٓا۟ إِذْ يَرَوْنَ ٱلْعَذَابَ أَنَّ ٱلْقُوَّةَ لِلَّهِ جَمِيعًا وَأَنَّ ٱللَّهَ شَدِيدُ ٱلْعَذَابِ

Transliteration wamina l-nāsi man yattakhidhu min dūni l-lahi andādan yuḥibbūnahum kaḥubbi l-lahi wa-alladhīna āmanū ashaddu ḥubban lillahi walaw yarā alladhīna ẓalamū idh yarawna l-ʿadhāba anna l-quwata lillahi jamīʿan wa-anna l-laha shadīdu l-ʿadhābi

Dhivehi އަދި ﷲ ފިޔަވައި شَرِيْكُ ންތަކެއް ހިފައި إخْتِيَار ކޮށްގެން އުޅޭބަޔަކު (އެބަހީ ބުދަށް އަޅުކަންކުރާ ބަޔަކު) މީސްތަކުންގެތެރޭގައިވެއެވެ. އެމީހުން އެމީހުންގެ އެ شريك ންތަކަށް ﷲ އަށް ލޯބިކުރާފަދައިން ލޯބިކުރެއެވެ. އަދި އެކަމަކު އީމާންވީ މީސްތަކުން ﷲ އަށް ލޯބިވާލެއް މާބޮޑެވެ. އަދި شَرِيْكُ ކުރި މީސްތަކުންނަށް قيامة ދުވަހުން عَذَاب ފެންނަހިނދު އެންމެހައި ބާރަކާއި އާރެއް خاصّ ވެ مِلْكُ ވެގެންވަނީ ހަމައެކަނި ﷲ އަށްކަން އެމީހުންނަށް އެނގޭނޭ ނަމައެވެ. (އެހިނދުން އެމީހުންނަށް އެކަން އެނގޭނެއެވެ. އެކަމަކު ދުނިޔޭގައި އެމީހުން އެޔާމެދު ވިސްނިނަމައެވެ.) އަދި ހަމަކަށަވަރުން ﷲ އީ عَذَاب ދެއްވުން ގަދަފަދަވެގެންވާ ކަލާނގެކަންވެސް އެމީހުންނަށް އެނގި ބަޔާންވާނެއެވެ. (އެކަމަކު ދެން އޭރުން އޮންނާނީ ހަމަހުސްނަމައެކެވެ.)

Verse 166

إِذْ تَبَرَّأَ ٱلَّذِينَ ٱتُّبِعُوا۟ مِنَ ٱلَّذِينَ ٱتَّبَعُوا۟ وَرَأَوُا۟ ٱلْعَذَابَ وَتَقَطَّعَتْ بِهِمُ ٱلْأَسْبَابُ

Transliteration idh tabarra-a alladhīna ittubiʿū mina alladhīna ittabaʿū wara-awū l-ʿadhāba wataqaṭṭaʿat bihimu l-asbābu

Dhivehi ﷲ ފިޔަވައި އެހެނިހެން ތަކެއްޗަށް އަޅުކަންކޮށް تَبَعَ ވެގެން އުޅުނުމީހުންގެ ކިބައިން އެ تَبَعَ ވެވުނުތަކެތި (އަޅުކަންވެވުނުތަކެތި) ދުރުވެ ބަރީއަވެގަނެ އަދި އެ تَبَعَ ވީމީހުންނަށްހުރި عَذَاب އެމީހުންނަށް ރަނގަޅަށް ލޮލަށް ފެނި ދެފަރާތުގައި އެބަހީ تَبَعَ ވީމީހުންނާއި تَبَعَ ވެވުނު މީހުންނާއި ދެފަރާތުގައިވާ އެންމެހައި ގުޅުމާއި مَوَدَّة ކެނޑިދާނެއެވެ.

Verse 167

وَقَالَ ٱلَّذِينَ ٱتَّبَعُوا۟ لَوْ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا۟ مِنَّا ۗ كَذَٰلِكَ يُرِيهِمُ ٱللَّهُ أَعْمَـٰلَهُمْ حَسَرَٰتٍ عَلَيْهِمْ ۖ وَمَا هُم بِخَـٰرِجِينَ مِنَ ٱلنَّارِ

Transliteration waqāla alladhīna ittabaʿū law anna lanā karratan fanatabarra-a min'hum kamā tabarraū minnā kadhālika yurīhimu l-lahu aʿmālahum ḥasarātin ʿalayhim wamā hum bikhārijīna mina l-nāri

Dhivehi تَبَعَ ވީމީހުން - އެބަހީ ﷲ ފިޔަވައި އެހެނިހެން ތަކެއްޗަށް އަޅުކަންކުރި މީހުން ބުނާނެއެވެ. އަހުރެމެންނަށް ދެވަނަފަހަރަށް ދުނިޔެއަށް އާދެވުމެއް ވާނެނަމަ އަހަރެމެންގެ ކިބައިން އެތަކެތި ބަރީއަވެގަތްފަދައިން އަހުރެމެންވެސް އެތަކެތީގެ ކިބައިން ބަރީއަވެގަންނަހުށީމެވެ. އެކަމަކު ދެން އެއީ ހަމަ ނަމައެކެވެ. (އެއަކު ބޮނޑިބަތެއް ނުކެއްކޭނެއެވެ.) އެމީހުންގެ ނުބައި عَمَلُ ތައް ހިތާމަތަކެއްކަމުގައި ﷲ تعالى އެމީހުންނަށް ދައްކަވާނީ އެފަދައިންނެވެ. އަދި ނަރަކައިން ނުކުންނާނޭބަޔަކުކަމުގައި އެމީހުން ނުވެއެވެ.

Verse 168

يَـٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَـٰلًا طَيِّبًا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ

Transliteration yāayyuhā l-nāsu kulū mimmā fī l-arḍi ḥalālan ṭayyiban walā tattabiʿū khuṭuwāti l-shayṭāni innahu lakum ʿaduwwun mubīnun

Dhivehi އޭ މީސްތަކުންނޭވެ! ބިމުގައިވާތަކެތީގެތެރެއިން حَلاَلُ ރަނގަޅުތަކެތި ކަލޭމެން ކައިބޮއި ހަދާށެވެ! އަދި شَيْطَان އާގެ ފިޔަވަޅުތަކާއި ކަލޭމެން تَبَعَ ނުވާށެވެ! (އެސޮރުގެ ފަހަތުންގޮސް ނުބައި ނުލަފާ ކަންތައް ކަލޭމެން ނުކުރާށެވެ!) ހަމަކަށަވަރުން އެސޮރަކީ އެސޮރުގެ عَدَاوة ތެރިކަން ބަޔާންވެގެންވާ ކަލޭމެންގެ عَدَاوة ތެރިއެކެވެ.

Verse 169

إِنَّمَا يَأْمُرُكُم بِٱلسُّوٓءِ وَٱلْفَحْشَآءِ وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ

Transliteration innamā yamurukum bil-sūi wal-faḥshāi wa-an taqūlū ʿalā l-lahi mā lā taʿlamūna

Dhivehi އެސޮރު ކަލޭމެންނަށް އަމުރުކުރާކަންކަށަވަރީ ނުބައިކަންތައްތައް ކުރުމަށާއި فَاحِش ކަންތައްތައް ކުރުމަށާއި އަދި ކަލޭމެންނަށް ނޭނގޭތަކެތި ﷲ އާއިމެދު ކަލޭމެން ބުނުމަށެވެ. ﷲ ގެމައްޗަށް ދޮގުތައް ހެދުމަށެވެ. (ނުބައި ކަންތަކޭ ބުނިބަހުގެ މާނައީ ފާފަވެރިވެވޭ ކޮންމެ ކަމެކެވެ.) فَاحِش ކަންތަކަކީ އެކަމުގެ ވާހަކަދެއްކުން ހުތުރު އަދި އެވާހަކަ އިވުން ނޭދެވޭ ކަންކަމެވެ. ނުވަތަ ﷲ އަށް އުރެދުމެވެ. / ނުވަތަ ޒިނޭ ކުރުމެވެ. والله أعلم.

Verse 170

وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَآ أَلْفَيْنَا عَلَيْهِ ءَابَآءَنَآ ۗ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْقِلُونَ شَيْـًٔا وَلَا يَهْتَدُونَ

Transliteration wa-idhā qīla lahumu ittabiʿū mā anzala l-lahu qālū bal nattabiʿu mā alfaynā ʿalayhi ābāanā awalaw kāna ābāuhum lā yaʿqilūna shayan walā yahtadūna

Dhivehi އަދި އެ مُشْرِكُ ންގެ ގާތުގައި ﷲ ބާވައިލެއްވި ތަކެއްޗަށް ކަލޭމެން تَبَعَ ވާށޭ ބުނެވިއްޖެއްޔާ އެމީހުން ބުނަނީ އަހުރެމެން تَبَعَ ވާނީ އަހުރެމެންގެ ކާބަފައިން އެގޮތެއްގެމަތީގައި ވަނިކޮށް އަހުރެމެން ދުއްގޮތާއެވެ. އަޅެފަހެ އެމީހުންގެ ކާބަފައިންނަކީ އެއްޗެއް ނުވިސްނާ އަދި ތެދުމަގެއް ލިބިފައިނެތް ބަޔަކުކަމުގައިވިޔަސް ހެޔޮހެއްޔެވެ. އެމީހުންނާ ހަމަ تَبَعَ ވާންވީހެއްޔެވެ؟

Verse 171

وَمَثَلُ ٱلَّذِينَ كَفَرُوا۟ كَمَثَلِ ٱلَّذِى يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَآءً وَنِدَآءً ۚ صُمٌّۢ بُكْمٌ عُمْىٌ فَهُمْ لَا يَعْقِلُونَ

Transliteration wamathalu alladhīna kafarū kamathali alladhī yanʿiqu bimā lā yasmaʿu illā duʿāan wanidāan ṣummun buk'mun ʿum'yun fahum lā yaʿqilūna

Dhivehi އަދި ކާފަރުންނަށް وعظ ދީ ނަސޭހަތްދޭމީހާގެ مِثال އަކީ ހަމައެކަނި ގޮވާލާއަޑުނޫނީ ނުއިވޭ އަދި އެއިވޭ އަޑުން އެއްވެސްއެއްޗެއް ނުވިސްނޭ ޖަނަވާރުތަކަކަށް ގޮވާ نصيحة ދޭމީހެއްގެ މިސާލެވެ. އެމީހުންނަކީ ހެޔޮބަހެއްނުއިވޭ މަންމަން އަދި ކަނުބައެއްފަދަ ބައެކެވެ. (وعظ نصيحة ދޭމީހާގެ ވާހަކައިން އެއްޗެއް ނުވިސްނޭ ހެޔޮބަހެއް ބުނަން ނޭނގޭ ހެޔޮއެއްޗެއް ނުފެންނަ ބައެއްފަދަ ނިކަމެތި ބައެކެވެ. ބުއްދީގެ ބޭނުމެއް ނުކުރާ ބައެކެވެ.)

Verse 172

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ

Transliteration yāayyuhā alladhīna āmanū kulū min ṭayyibāti mā razaqnākum wa-ush'kurū lillahi in kuntum iyyāhu taʿbudūna

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވި ރަނގަޅު حلال ތަކެތީން ކަލޭމެން ކައިބޮއިހަދާށެވެ! އަދި ކަލޭމެން ﷲ އަށް شكر ކުރާށެވެ! އެއީ އެކަލާނގެއަށް އެކަނި ކަލޭމެން އަޅުކަންކުރާކަމުގައި ވަންޏާއެވެ.

Verse 173

إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيْرِ ٱللَّهِ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

Transliteration innamā ḥarrama ʿalaykumu l-maytata wal-dama walaḥma l-khinzīri wamā uhilla bihi lighayri l-lahi famani uḍ'ṭurra ghayra bāghin walā ʿādin falā ith'ma ʿalayhi inna l-laha ghafūrun raḥīmun

Dhivehi އެކަލާނގެ ކަލޭމެންގެމައްޗަށް حَرَام ކުރައްވާފައިވާކަންކަށަވަރީ މުޅަތަކެއްޗާއި ލެޔާއި އޫރުމަހާއި ﷲ ގެ ނަންފުޅުނޫން އެހެން ކޮންމެވެސް ފަރާތެއްގެ ނަމުގައި ކަތިލެވިފައިވާތަކެއްޗާއި މިތަކެއްޗެވެ. މިއީ ކަނޑައެޅިގެން حرام ކުރައްވާފައިވާ ތަކެއްޗެވެ. އަދި އެކަލާނގެ حرام ކުރައްވާފައިވާ އެހެނިހެން ތަކެތިވެސް އެހެނިހެން نَصُّ ތަކުން ފެނެއެވެ. ދެންފަހެ ކާބޯ އެއްޗެއްނެތި ގޮތްހުސްވެގެންވާމީހާ މި بَيَان ވެގެންވާ حَرَام ކުރެއްވިތަކެތީގެ ތެރެއިން ކާހިތުން ކެއުމެއްނެތި އަދި ބަނޑުފުރާކެއުމެއްނެތި ކުޑައެތިކޮޅެއް ކިރިޔާ ފުރާނަ ހިފެހެއްޓޭވަރަށް އެތިކޮޅެއް ބޭނުންކުރުމަކުން އޭނާގެމައްޗަކަށް ކުށެއްނެތެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުގެންވާ ކަލާނގެއެވެ.

Verse 174

إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلْكِتَـٰبِ وَيَشْتَرُونَ بِهِۦ ثَمَنًا قَلِيلًا ۙ أُو۟لَـٰٓئِكَ مَا يَأْكُلُونَ فِى بُطُونِهِمْ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوْمَ ٱلْقِيَـٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ

Transliteration inna alladhīna yaktumūna mā anzala l-lahu mina l-kitābi wayashtarūna bihi thamanan qalīlan ulāika mā yakulūna fī buṭūnihim illā l-nāra walā yukallimuhumu l-lahu yawma l-qiyāmati walā yuzakkīhim walahum ʿadhābun alīmun

Dhivehi ހަމަކަށަވަރުން ﷲ އެކަލާނގެ ފޮތުގައި ބާވައިލައްވާފައިވާތަކެތި މީސްތަކުންނަށް ނާންގާ ވަންހަނާކޮށް ފޮރުވާމީހުން އަދި ދާދިކުޑަކުޑަ ދުންޔަވީ ބޭނުމަކަށް އެތަކެތި ބަދަލުކޮށް އެއިން ލިބޭ ފައިދާއެއް ބޭނުންކޮށް ކައިހަދާމީހުން އެމީހުން އެމީހުންގެ ބަނޑުތަކަށް އަލިފާން ނޫނީ އަޅާކަމުގައި ނުވެއެވެ. އެބަހީ އެމީހުން އެކުރާ ކަންތަކުން އެމީހުންނަށް قِيَامَة ދުވަހުން ހުންނަހުރީ ނަރަކައިގެ އަލިފާނެވެ. އަދި قِيَامَة ދުވަހުން ﷲ تعالى އެމީހުންނަށް رَحْمَة ގެ ބަސްފުޅު وحي ނުކުރައްވާހުއްޓެވެ. އަދި އެމީހުންގެ ފާފަތަކުން އެކަލާނގެ އެމީހުން طَاهِر ނުކުރައްވާނެއެވެ. އަދި އެމީހުންނަށް ހުންނަހުރީ ވޭންދެނިވި عَذَاب އެވެ.

Verse 175

أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَـٰلَةَ بِٱلْهُدَىٰ وَٱلْعَذَابَ بِٱلْمَغْفِرَةِ ۚ فَمَآ أَصْبَرَهُمْ عَلَى ٱلنَّارِ

Transliteration ulāika alladhīna ish'tarawū l-ḍalālata bil-hudā wal-ʿadhāba bil-maghfirati famā aṣbarahum ʿalā l-nāri

Dhivehi އެމީހުން އެއީ ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ހޯދައިގަތް ބައެކެވެ. އަދި ފާފަފުއްސެވުމުގެ ބަދަލުގައި عَذَاب ހޯދައިގަތް ބައެކެވެ. ނަރަކައިގެ އަލިފާނުގެމައްޗަށް އެމީހުންގެ ހުރި ކެތްތެރިކަމާއެވެ!!

Verse 176

ذَٰلِكَ بِأَنَّ ٱللَّهَ نَزَّلَ ٱلْكِتَـٰبَ بِٱلْحَقِّ ۗ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِى ٱلْكِتَـٰبِ لَفِى شِقَاقٍۭ بَعِيدٍ

Transliteration dhālika bi-anna l-laha nazzala l-kitāba bil-ḥaqi wa-inna alladhīna ikh'talafū fī l-kitābi lafī shiqāqin baʿīdin

Dhivehi އެގޮތަކީ ހަމަކަށަވަރުން ﷲ تعالى އެކަލާނގެ ފޮތް ބާވައިލެއްވީ ހަމަ حقّ ތެދުގޮތުގައެވެ. އަދި ހަމަކަށަވަރުން ފޮތާއިމެދު ދެބަސްވެ إختلاف ވާމީހުން އެވަނީ ވަރަށްބޮޑު ދެކޮޅުވެރިކަމެއްގައެވެ.

Verse 177

۞ لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَـٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱلْمَلَـٰٓئِكَةِ وَٱلْكِتَـٰبِ وَٱلنَّبِيِّـۧنَ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِۦ ذَوِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينَ وَٱبْنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِى ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَـٰهَدُوا۟ ۖ وَٱلصَّـٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ ۗ أُو۟لَـٰٓئِكَ ٱلَّذِينَ صَدَقُوا۟ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُتَّقُونَ

Transliteration laysa l-bira an tuwallū wujūhakum qibala l-mashriqi wal-maghribi walākinna l-bira man āmana bil-lahi wal-yawmi l-ākhiri wal-malāikati wal-kitābi wal-nabiyīna waātā l-māla ʿalā ḥubbihi dhawī l-qur'bā wal-yatāmā wal-masākīna wa-ib'na l-sabīli wal-sāilīna wafī l-riqābi wa-aqāma l-ṣalata waātā l-zakata wal-mūfūna biʿahdihim idhā ʿāhadū wal-ṣābirīna fī l-basāi wal-ḍarāi waḥīna l-basi ulāika alladhīna ṣadaqū wa-ulāika humu l-mutaqūna

Dhivehi ކަލޭމެންގެ މޫނުތައް مَشْرِق ފަރާތަށާއި مَغْرِبُ ފަރާތަށް އެނބުރުމަކީ އަދި ހެޔޮކަމެއްނޫނެވެ. އަދި އެހެންނަމަވެސް ހެޔޮކަމަކީ ﷲ އަށާއި آخرة ދުވަހަށާއި مَلاَئِكَة ބޭކަލުންނަށާއި ފޮތަށާއި އަދި نَبِى ބޭކަލުންނަށާއި މި އެންމެ ފަރާތްތަކަށް އީމާންވުމެވެ. އަދި މުދަލަށް ލޯބިހުރުމާއި ދަހިވެތިކަމާއެކުވެސް ގާތްތިމާގެމީހުންނަށާއި يَتِيْمُ ންނަށާއި مِسْكِيْن ންނަށާއި ދަތުރުވެރިންނަށާއި ސަލާމްޖަހާމީހުންނަށާއި އަދި އަޅުން މިނިވަންކުރުމަށާއި މިކަންކަމަށް ފައިސާއާއި މުދާ ހޭދަކުރުމެވެ. އަދި ނަމާދު قَائم ކުރުމާއި ޒަކާތް ދިނުމާއި މިކަންކަމުގައެވެ. އަދި އެމީހުން عَهْدُ ކޮށްފިއްޔާ އެ عَهْدُ ފުއްދުމުގައެވެ. އަދި فَقِيْر ކަމާއި ބަލިމަޑުކަމާއި އަދި ހަނގުރާމަ ގަދަވާހިނދުގައްޔާ މިވަގުތުތަކުގައި ކެތްތެރިވާމީހުންގައެވެ. އެފަދަ އެފަދަ މީހުންނަކީ އެމީހުން އީމާންވެގެންވާކަމުގައި ބުނިބުނުން ތެދުކުރި މީހުންނެވެ. އަދި ކަނޑައެޅިގެން އެމީހުން އެއީ تقوى ވެރިންނެވެ.

Verse 178

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِى ٱلْقَتْلَى ۖ ٱلْحُرُّ بِٱلْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلْأُنثَىٰ بِٱلْأُنثَىٰ ۚ فَمَنْ عُفِىَ لَهُۥ مِنْ أَخِيهِ شَىْءٌ فَٱتِّبَاعٌۢ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَـٰنٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ

Transliteration yāayyuhā alladhīna āmanū kutiba ʿalaykumu l-qiṣāṣu fī l-qatlā l-ḥuru bil-ḥuri wal-ʿabdu bil-ʿabdi wal-unthā bil-unthā faman ʿufiya lahu min akhīhi shayon fa-ittibāʿun bil-maʿrūfi wa-adāon ilayhi bi-iḥ'sānin dhālika takhfīfun min rabbikum waraḥmatun famani iʿ'tadā baʿda dhālika falahu ʿadhābun alīmun

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މަރާލެވޭ މީހުންނާއިމެދު ކަލޭމެންގެމައްޗަށް މަރަށްމަރުހިފުން (قِصَاصُ ހިފުން) ކަނޑައެޅެވި فرض ކުރެވިއްޖެއެވެ. މިނިވަނަކަށް މިނިވަނަކު އަޅަކަށް އަޅަކު އަންހެނަކަށް އަންހެނަކުގެ قَوَاعِدُ ންނެވެ. (ނަމަވެސް މިއާޔަތުގައިމިވާ قواعد އަށް ބަދަލު އައިސްފައިވެއެވެ. އެއީ އެހެނިހެން ބަސްފުޅުތަކުންނާއި އަދި حديث ން ސާބިތުވާގޮތުންނެވެ. އަންހެނެއްގެ مُقَابِلُ ގައި ފިރިހެނަކު މެރޭނެކަމުގައި حديث އައިސްފައިވެއެވެ. އަދި މިކަމާބެހޭ تفصيل حكم ތައް حديث ފޮތްތަކާއި فقه ފޮތްތަކުގައި بَيَان ވެގެންވެއެވެ.) ދެންފަހެ މަރުވިމީހާގެ وَلِى ވެރިޔާގެ ފަރާތުން މީހާ މަރާލި قَاتِلُ ކަލޭގެކިބައިން قِصَاص ނުހިފައި عَفُوء ކުރެވިއްޖެއްޔާ ދެންއޮންނާނީ قَاتِلُ ގެފަރާތުން ދިޔަދިނުމެވެ. وَلِى ވެރިޔާ އެދިޔަ ނެގުމަށް قَاتِلُ ކައިރިއަށް ރަނގަޅުގޮތުގައި ދިއުން ހުއްޓެވެ. އަދި قَاتِلُ ކަލޭގެ އެދިޔަ މަރުވިމީހާގެ وَلِى ވެރިޔާއަށް إحْسَان ތެރިކަމާއެކު އަދާކުރުން ހުއްޓެވެ. (އޭ މީސްތަކުންނޭވެ!) އެއީ ކަލޭމެންގެ رَبّ ގެ حضرة ން ދެއްވާފައިވާ ލުއިކަމަކާއި رَحْمَة އެކެވެ. އެހެނީ މީހާ މެރިމީހާގެ ބޯކަނޑައިނުލައި ދޫކޮށް عَفُوء ކުރުމުގެ ބާރު މަރުވިމީހާގެ وَلِى ވެރިޔާއަށްދެއްވީ ﷲ އެވެ. އެއީ އެކަލާނގެ رحمة އެވެ. ލުޔެވެ. ދެން އެޔަށްފަހު عَدَاوة ތެރިވެ ހައްދުފަހަނަޅައިފިމީހާ އެބަހީ عَفُوء ކުރުމަށްފަހު އަލުން އެ قاتل ކަލޭގެއާއި ދިމާކޮށް އަރައިގެންފިމީހާ ދަންނައެވެ. ފަހެ އޭނާއަށް ހުރީ ވޭންދެނިވި عَذَاب އެވެ.

Verse 179

وَلَكُمْ فِى ٱلْقِصَاصِ حَيَوٰةٌ يَـٰٓأُو۟لِى ٱلْأَلْبَـٰبِ لَعَلَّكُمْ تَتَّقُونَ

Transliteration walakum fī l-qiṣāṣi ḥayatun yāulī l-albābi laʿallakum tattaqūna

Dhivehi އޭ ބުއްދިވެރިންނޭވެ! ކަލޭމެންގެ ދިރިހުރުން ވަނީ މަރަށްމަރުހިފުމުގައެވެ. (عجائب ނުވާށެވެ! މަރަށްމަރުހިފުން، حَدّ ތައް قَائِم ކުރުން މިކަންކަމުގައި مُجْتَمَع ގެ އަމާންކަމާއި ހިތްފަސޭހަކަން ހުންނަހުއްޓެވެ. އެބާވަތުގެ ކަންތައް ނެތްނަމަ حَدّ ތައް قَائِم ނުވާނަމަ އެތަނެއް ފާސިދުވެ ބަނަވެދާނެއެވެ. مُجْتَمَع ބިރުވެރިކަމުގެތެރެއަށް ވެއްޓިދާނެއެވެ.) އަދި އެކަން ﷲ ލައްވާފައިވަނީ އެބަހީ حَدّ ތައް قَائِم ކުރުން ލައްވާފައިވަނީ ކަލޭމެން تقوى ވެރިވުމަށްޓަކައެވެ. ބިރުވެތިވުމަށްޓަކައެވެ.

Verse 180

كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ إِن تَرَكَ خَيْرًا ٱلْوَصِيَّةُ لِلْوَٰلِدَيْنِ وَٱلْأَقْرَبِينَ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ

Transliteration kutiba ʿalaykum idhā ḥaḍara aḥadakumu l-mawtu in taraka khayran l-waṣiyatu lil'wālidayni wal-aqrabīna bil-maʿrūfi ḥaqqan ʿalā l-mutaqīna

Dhivehi ކަލޭމެންކުރެމީހަކު މަރަށް حَاضر ވާއިރު މުދާތަކެއް ދޫކޮށްފައިވާނަމަ މައިންބަފައިންނާ ގާތްތިމާގެ މީހުންނަށާއި މިމީސްމީހުންނަށް މުދަލުން ދިނުމަށް وَصِيَّة ކުރުން ކަލޭމެންގެމައްޗަށް فرض ކުރެވިއްޖެއެވެ. ކޮންމެވެސް ރަނގަޅު މިންވަރަކަށް ދިނުން ކަނޑައެޅިއްޖެއެވެ. އެއީ تقوى ވެރިންގެ މައްޗަށް އޮތް حقّ އެއްގެ ގޮތުންނެވެ. (މިއާޔަތުގެ حكم އާއިމެދުأختلاف ވުމާއެކުވެސް أَغْلِبَيَّة ލިބިފައިވާގޮތަކީ مِيْرَات ގެ އާޔަތް ބާވައިލެއްވުމުން މިއާޔަތުގެ حُكُمْ مَنْسُوخُ ކުރެއްވީއެވެ. والله أعلم.)

Verse 181

فَمَنۢ بَدَّلَهُۥ بَعْدَ مَا سَمِعَهُۥ فَإِنَّمَآ إِثْمُهُۥ عَلَى ٱلَّذِينَ يُبَدِّلُونَهُۥٓ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ

Transliteration faman baddalahu baʿdamā samiʿahu fa-innamā ith'muhu ʿalā alladhīna yubaddilūnahu inna al-laha sami'un alimun

Dhivehi ދެންފަހެ މަރަށް حَاضِر ވިމީހާ وَصِيِّة ކުރާ އަޑު އެހުމަށްފަހު وَصِيِّة ބަދަލުކޮށްހެދިނަމަ އެ وَصِيِّة ބަދަލުކުރިމީހަކަށް އެކަމުގެ ފާފަހުންނަހުއްޓެވެ. ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 182

فَمَنْ خَافَ مِن مُّوصٍ جَنَفًا أَوْ إِثْمًا فَأَصْلَحَ بَيْنَهُمْ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

Transliteration faman khāfa min mūṣin janafan aw ith'man fa-aṣlaḥa baynahum falā ith'ma ʿalayhi inna l-laha ghafūrun raḥīmun

Dhivehi ފަހެ وَصِيِّة ކުރާމީހެއްގެ ކިބައިން حقّ އާއި ދުރުވާފަދަކުށެއް ނުވަތަ ފާފަވެރިވެވިދާފަދަ ކަމަކާއިމެދު ބިރުވެތިވެއްޖެމީހާ (އެހެން ދިމާވާނީ حقّ ނޫންގޮތަކަށް وَصِيِّة ކުރާނަމައެވެ. އެހެންވެއްޖެއްޔާ) އަޑުއަހަން ހުރި މީހާ އެކަން إصلاح ކޮށް ދެފަރާތަށް عَدْل ވެރިވުމަކީ އޭނާގެމައްޗަށް ފާފައޮތްކަމެއްނޫނެވެ. އަދި އެއީ ރަނގަޅުގޮތެވެ. ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رَحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 183

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

Transliteration yāayyuhā alladhīna āmanū kutiba ʿalaykumu l-ṣiyāmu kamā kutiba ʿalā alladhīna min qablikum laʿallakum tattaqūna

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އިސްވެދިޔަ މީސްތަކުންގެމައްޗަށްވެސް ރޯދަ فرض ކުރެވުނުފަދައިން ކަލޭމެންގެމައްޗަށްވެސް ރޯދަ فرض ކުރެވިއްޖެއެވެ. އެއީ ކަލޭމެން تقوى ވެރިވުމަށެވެ.

Verse 184

أَيَّامًا مَّعْدُودَٰتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُۥ ۚ وَأَن تَصُومُوا۟ خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ

Transliteration ayyāman maʿdūdātin faman kāna minkum marīḍan aw ʿalā safarin faʿiddatun min ayyāmin ukhara waʿalā alladhīna yuṭīqūnahu fid'yatun ṭaʿāmu mis'kīnin faman taṭawwaʿa khayran fahuwa khayrun lahu wa-an taṣūmū khayrun lakum in kuntum taʿlamūna

Dhivehi އެއީ عدد ކަނޑައެޅިގެންވާ ދުވަސްތަކެއްގައެވެ. رَمَضَان މަހުގެ ދުވަސްތަކުގައެވެ. ފަހެ ކަލޭމެންކުރެ ބަލިމީހެއްނަމަ ނުވަތަ ދަތުރުވެރިއެއްނަމަ އެދުވަސްތައް ހަމަކުރާނީ އެހެންދުވަސްތަކެއްގައެވެ. ބަލިފަސޭހަވެގެން - އަދި ދަތުރުވެރިޔާ ދަތުރު ނިމުމަށްފަހުގައެވެ. އަދި މުސްކުޅިވެ ވަރުދެރަވެ ބުރަކަމާ އުނދަގުލާއެކުމެނުވީ ރޯދަހިފުމަށް ކުޅަދާނަނުވާމީހާ ރޯދަހިފުމުގެ ބަދަލުގައި فِدْيَة ދޭށެވެ! އަދި ރޯދަމަސް އެބަހީ رَمَضَان މަހުގެ ރޯދަފިޔަވައި تَطَوُّع ގެގޮތުން سُنَّة ރޯދަހިފުން ހެޔޮވެގެންވެއެވެ. އަދި ކަލޭމެން ރޯދަހިފުމީ ކަލޭމެންނަށް އެނގޭނަމަ ކަލޭމެންނަށް ހެޔޮވެގެންވާ ކަމެކެވެ. فِدْيَة ދިނުމުގެ މިންވަރާއި އޭގެ حكم حديث ފޮތްތަކާއި فِقه ފޮތްތަކުގައިވެއެވެ.\n• ދަންނައެވެ! މިއާޔަތުގައި (وَعَلَى الَّذِينَ يُطِيقُونَهُ) މިތަނުންފެށިގެން އާޔަތް ނިމުމާއިދެމެދު މިވާ حكم ތަކުގައި ގިނަގުނަ إختلاف ތައްވެއެވެ. އޭގެތެރެއިން އަޅުގަނޑުވެސް ލިޔެފައި އެވަނީ އެއްގޮތެވެ. އެ ދިގުވާހަކަތައް މިފޮތުގައި بَيَان ކުރުން ދަތިކަމަކަށްވާތީ އެވާހަކަ ހަމައެކަނި ހަނދާންކޮށްދިނީއެވެ. އަޅުގަނޑު ލިޔެފައިމިވަނީ عامّ ކޮށް مُسْلِم ންގެމެދުގައި ހިނގާގޮތެވެ. والله أعلم.

Verse 185

شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًى لِّلنَّاسِ وَبَيِّنَـٰتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ

Transliteration shahru ramaḍāna alladhī unzila fīhi l-qur'ānu hudan lilnnāsi wabayyinātin mina l-hudā wal-fur'qāni faman shahida minkumu l-shahra falyaṣum'hu waman kāna marīḍan aw ʿalā safarin faʿiddatun min ayyāmin ukhara yurīdu l-lahu bikumu l-yus'ra walā yurīdu bikumu l-ʿus'ra walituk'milū l-ʿidata walitukabbirū l-laha ʿalā mā hadākum walaʿallakum tashkurūna

Dhivehi رَمَضَانމަހަކީ އެމައްސަރެއްގައި ކީރިތި قرآن ބާވައިލެއްވުނު މައްސަރެވެ. (އެއީ لَوْحُ الْمَحْفُوظٌ ން ދުނިޔޭ އުޑަށް ޖުމްލަކޮށް ބާވައިލެއްވުމެވެ. އެބާވައިލެއްވުން ބާވައިލެއްވީ لَيْلَةُ الْقَدْرِ ވިލޭރޭގައެވެ. حديث ތަކުން ދައްކާގޮތުން އެއީ رَمَضَان މަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުން ކޮންމެވެސް ރެއެއްގައެވެ. ދެން رَسُول ﷲ ﷺ ގެ މައްޗަށް ތޭވީސް އަހަރުގެތެރޭގައި قرآن ބާވައިލައްވަވާ ނިންމެވީއެވެ. والله أعلم.) އެ قرآن ބާވައިލެއްވުނީ މީސްތަކުންނަށްވާ ތެދުމަގެއްގެގޮތުންނެވެ. އަދި ތެދުމަގާއި حقّ އާއި بَاطِل ވަކިކޮށްދޭ އެތަކެއް دليل އާއި إرشاد ގެގޮތުންނެވެ. ފަހެ ކަލޭމެންގެތެރެއިން ރޯދަމަސް އެބަހީ رَمَضَان މަސް ދެކެފިމީހާ - އެބަހީ އެމީހަކަށް رَمَضَان މަހުގެ ހަނދު ސާބިތުވެއްޖެމީހާ އެމަހު ރޯދަހިފާހުށިކަމެވެ. އަދި ބަލިމީހާއާއި ދަތުރުވެރިޔާ އެމަހުގެ ރޯދަ ދުވަސްތައް ހަމަކުރާނީ އެހެންދުވަސްތަކަކުންނެވެ. (ބަލިމީހާ ބަލި ފަސޭހަވެގެން ދަތުރުވެރިޔާ ދަތުރު ނިމިގެންނެވެ.) ﷲ އެދިވޮޑިގަންނަވަނީ ކަލޭމެނަށް ލުއިގޮތް މެދުވެރިކޮށްދެއްވުމެވެ. އަދި ކަލޭމެންނަށް ދަތި އުނދަގޫގޮތް އެކަލާނގެ އެދިވޮޑިނުގަންނަވައެވެ. އެކަލާނގެ ކަލޭމެންނަށް އެލުއިތައް ދެއްވީ ބަލިމީހާއާއި ދަތުރުވެރިޔާފަދަ عُذُر ތަކުގައިވާމީހުންވެސް ރޯދައިގެ عَدَد ހަމަހަމަކޮށް ދަރުމަޔާ ثواب ފުރިހަމަކުރުމަށްޓަކައެވެ. އަދި ރޯދަހިފުމުގެ މާތްކަން ދެއްވިކަމަށްޓަކައި ﷲ އަށް މާތްކޮށްހިތައި تكبير ކިޔައި ﷲ އަށް ذِكر ކުރުމަށްޓަކައެވެ. އަދި ކަލޭމެން އެކަންކަމަށް شكر ކުރުމަށްޓަކައެވެ.

Verse 186

وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ

Transliteration wa-idhā sa-alaka ʿibādī ʿannī fa-innī qarībun ujību daʿwata l-dāʿi idhā daʿāni falyastajībū lī walyu'minū bī laʿallahum yarshudūna

Dhivehi (އޭ رَسُول ﷲ އެވެ!) ތިމަންރަސްކަލާނގެއާއިމެދު ތިމަންރަސްކަލާނގެވޮޑިގެންވީ ދުރުގައިތޯ ގާތުގައިތޯ ތިމަންރަސްކަލާނގެ އަޅުތަކުން ކަލޭގެފާނާ ސުވާލުކޮށް އަހައިފިއްޔާ ވިދާޅުވާށެވެ! ފަހެ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ދާދިގާތުގައިވޮޑިގެންވަމެވެ. ތިމަންރަސްކަލާނގެއަށް دُعَاء ކޮށް ދަންނަވާމީހަކު އެމީހަކު ތިމަންރަސްކަލާނގެއަށް دُعَاء ކޮށްފިއްޔާ ތިމަންރަސްކަލާނގެ އެ دُعَاء ކުރިމީހަކަށް إجَابَة ކުރައްވަމެވެ. ޖަވާބުދެއްވަމެވެ. ފަހެ އެމީހުން دُعَاء إجَابَة ކުރެއްވުން އެދި ތިމަންރަސްކަލާނގެ حضرة ގައި ދަންނަވާށެވެ! އަދި އެމީހުން ތިމަންރަސްކަލާނގެ ތެދުކޮށް އިތުބާރުކުރާށެވެ! އެއީ އެމީހުންނަށް ތެދުމަގު ލިބުމަށްޓަކައެވެ.

Verse 187

أُحِلَّ لَكُمْ لَيْلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمْ ۚ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ ۗ عَلِمَ ٱللَّهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ ۖ فَٱلْـَٔـٰنَ بَـٰشِرُوهُنَّ وَٱبْتَغُوا۟ مَا كَتَبَ ٱللَّهُ لَكُمْ ۚ وَكُلُوا۟ وَٱشْرَبُوا۟ حَتَّىٰ يَتَبَيَّنَ لَكُمُ ٱلْخَيْطُ ٱلْأَبْيَضُ مِنَ ٱلْخَيْطِ ٱلْأَسْوَدِ مِنَ ٱلْفَجْرِ ۖ ثُمَّ أَتِمُّوا۟ ٱلصِّيَامَ إِلَى ٱلَّيْلِ ۚ وَلَا تُبَـٰشِرُوهُنَّ وَأَنتُمْ عَـٰكِفُونَ فِى ٱلْمَسَـٰجِدِ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَقْرَبُوهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ ءَايَـٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَّقُونَ

Transliteration uḥilla lakum laylata l-ṣiyāmi l-rafathu ilā nisāikum hunna libāsun lakum wa-antum libāsun lahunna ʿalima l-lahu annakum kuntum takhtānūna anfusakum fatāba ʿalaykum waʿafā ʿankum fal-āna bāshirūhunna wa-ib'taghū mā kataba l-lahu lakum wakulū wa-ish'rabū ḥattā yatabayyana lakumu l-khayṭu l-abyaḍu mina l-khayṭi l-aswadi mina l-fajri thumma atimmū l-ṣiyāma ilā al-layli walā tubāshirūhunna wa-antum ʿākifūna fī l-masājidi til'ka ḥudūdu l-lahi falā taqrabūhā kadhālika yubayyinu l-lahu āyātihi lilnnāsi laʿallahum yattaqūna

Dhivehi (އޭ مؤمن ންނޭވެ!) رَمَضَان މަހުގެ ރޯދައިގެތެރޭތަކުގައި ކަލޭމެން ކަލޭމެންގެ އަންހެނުންގާތަށްގޮސް އުޅުމާ އެކަނބަލުންނާ جِمَاع ވުން حَلاَل ކުރެވިއްޖެއެވެ. - (އެކަންއޮތީ إسلام دين ގެކުރީކޮޅުގައި މަނާވެވިފައެވެ. ނަމަވެސް މިއާޔަތް ބާވައިލެއްވުމުން އެ حكم مَنْسُوخ ވީއެވެ.) -އަދި އެކަނބަލުންނަކީ ކަލޭމެން ފިރިހެނުންނަށްވާ ލިބާހެކެވެ. އަދި ކަލޭމެންނަކީ އެކަނބަލުންނަށްވާ ލިބާހެކެވެ. ދެމީހުންކުރެ ކޮންމެމީހަކީ އެކަކު އަނެކަކުގެ ސިއްރުތައް ނިވައިކުރާންވާނެ މީހެކެވެ. އަދި ނުވަތަ ދެމީހުން އެއްފޭރާމެއްގެތެރޭގައި ވާތީ އެމާނަ ކިޔަނީއެވެ. ނުވަތަ ދެމީހުން އެކަކު އަނެކަކުގެ ގައިގާ ބިހޭތީ އެމާނަ ކިޔަނީއެވެ. ލިބާސްވެސް ހުންނަނީ މީހާގެ ހަމުގައި ބީހިފައެވެ. އަދި ކަލޭމެން ކަލޭމެންގެ نفس ތަކަށް خِيَانَة ތެރިވާކަން ﷲ ދެނެވޮޑިގެންވެއެވެ. މި خِيَانَة އެއްކަމުގައި عِلْم ވެރިން بَيَان ކުރައްވަނީ ރޯދަމަހުގެ ރޭގަނޑު ކެއިންބުއިމުގެތެރޭކުރެވިދާނެ خِيَانَة އާއި އަންހެނުންގާތަށް ދެވުމުގެ خِيَانَة އެވެ. ބައެއް ބޭކަލުންގެ އަރިހުން އެފަދަ ކަންތައް މެދުވެރިވީކަމަށްވެއެވެ. އެކަންކަމާގުޅިގެން މިއާޔަތް ބާވައިލެއްވިކަމުގައި ވިއެވެ. والله أعلم. = تفسير الطّبرى = އަދި ﷲ تعالى އެމީހުންނަށް އެފަދަކަންތަކަށް توبة ލައްވައި عَفُوء ކުރެއްވިއެވެ. ފަހެ މިއާޔަތް ބާވައިލެއްވުމުން ރޯދައިގެ ރޭތަކުގައި ކަލޭމެން އަންހެނުންގައި ބީހި އަދި އެކަނބަލުންނާ جِمَاعُ ވާށެވެ! އެބަހީ: އެއީ ހުއްދަ ކަމެކެވެ. އަދި ﷲ تعالى ކަލޭމެންގެމައްޗަށް ކަނޑައަޅުއްވާފައިވާ ދަރިންވެސް ލިބުމަށް އެދޭށެވެ! އަދި ރޭގަނޑުގެ ވަގުތުގައި ކަލޭމެން ކައިބޮއިހަދާށެވެ! އެއީ ރޭގަނޑުގެ އަނދިރިކަމުގެތެރެއިން فَجُر ގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެނެވެ. ދެން އެވަގުތުން ފެށިގެން އިރުއަރައިގެންއައިސް އިރުއޮއްސެންދެން ރޭގަނޑުވަންދެން ރޯދަފުރިހަމަކުރާށެވެ! އަދި ކަލޭމެން މިސްކިތުގައި إعتكاف އަށް ތިބޭއިރު ކަލޭމެން އެކަނބަލުންގައި ބީހިނުއުޅޭށެވެ! އަދި މިބަޔާންވެދިޔައީ ﷲގެ حَدّ ތަކެވެ. ފަހެ. އެ حَدُّ ތަކާއި އިންތަކާއި ކަލޭ މެން ގާތްނުވާށެވެ! ﷲ تعالى އެކަލާނގެ އާޔަތް މީސްތަކުންނަށް بَيَان ކޮށްދެއްވަނީ އެފަދައިންނެވެ. އެއީ އެމީހުން تقوىވެރިވުމަށްޓަކައެވެ.

Verse 188

وَلَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَـٰطِلِ وَتُدْلُوا۟ بِهَآ إِلَى ٱلْحُكَّامِ لِتَأْكُلُوا۟ فَرِيقًا مِّنْ أَمْوَٰلِ ٱلنَّاسِ بِٱلْإِثْمِ وَأَنتُمْ تَعْلَمُونَ

Transliteration walā takulū amwālakum baynakum bil-bāṭili watud'lū bihā ilā l-ḥukāmi litakulū farīqan min amwāli l-nāsi bil-ith'mi wa-antum taʿlamūna

Dhivehi އޭ مؤمن ންނޭވެ! ކަލޭމެން އެއްބަޔަކުގެ މުދާ بَاطِلُ ގޮތުގައި އަނެއްބަޔަކު ކައި ނުހަދާށެވެ! އެއީ حقّ ނޫން ހުރިހާ ރޮނގަކުންނެވެ. އަދި މީސްތަކުންގެ މުދަލުގެ ތެރެއިން ބައެއްތަކެތި ފާފަވެރިވެވޭނޭގޮތުން ކެއުމަށްޓަކައި ބޭނުންކުރުމަށްޓަކައި رِشْوَة ގެގޮތުގައި قَاضِى ންނަށް ނުވަތަ އެ مَقَام ގައިވާ އެއްވެސް މީހަކަށް ދީނުހަދާށެވެ! އެއީ ކަނޑައެޅިގެން ނުބައިކަމެއްކަން ކަލޭމެނަށް އެނގޭ حال އެފަދަ ކަންތައް ނުކުރާށެވެ!

Verse 189

۞ يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ ۗ وَلَيْسَ ٱلْبِرُّ بِأَن تَأْتُوا۟ ٱلْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ ۗ وَأْتُوا۟ ٱلْبُيُوتَ مِنْ أَبْوَٰبِهَا ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ

Transliteration yasalūnaka ʿani l-ahilati qul hiya mawāqītu lilnnāsi wal-ḥaji walaysa l-biru bi-an tatū l-buyūta min ẓuhūrihā walākinna l-bira mani ittaqā watū l-buyūta min abwābihā wa-ittaqū l-laha laʿallakum tuf'liḥūna

Dhivehi (އޭ رَسُولُ ﷲ އެވެ!) މަހުގެ ފުރަތަމަރޭ ފެންނަ ހަނދާއިމެދު އެމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. އޭތި ބޮޑުވެ ކުޑަވެ ވަނީ ކީއްވެތޯ. އޭގެ مَقْصَدَ ކީ ކޮބައިތޯ އަހައި ހަދާނެއެވެ. ކަލޭގެފާނުން ވިދާޅުވާށެވެ! އެއީ حجُّ ގެ ކަންކަމުގައްޔާއި އެހެނިހެން ކަންކަމުގައިވެސް މީސްތަކުން ވަގުތު ބެލުމަށްވާ އެއްޗެކެވެ. އަދި إسلام دين ގެ حكم އައުމުގެކުރިން جَاهِلِيَّة ޒަމާނުގައި ބައެއް عَرَبِى ންގެމީހުން ހަދާގޮތަށް حجّ އަށް إحْرَام ބަނދެގެން ހުންނަމީހާ ގޭގެ أَصْلُ ދޮރުން ނުވަދެ ގޭގެފުރަގަހު ދޮރުން ނުވަތަ ފުރަގަހުގެ ކޮންމެވެސް ބާގަނޑަކުން ގެއަށް ވަނުމަކީ އެއްވެސް حال އެއްގައި ހެޔޮކަމެއްނޫނެވެ. ނަމަވެސް ހެޔޮކަމަކީ ﷲ އަށް تقوى ވެރިވެ އެކަލާނގެއަށް ކިއަމަންވެގެންވާމީހާ ކުރާ عمل އެވެ. އަދި إحرام ބަނދެގެން ހުންނަ މީހާވެސް ގެއަށްވަންނަންޏާ ގޭގެ أصل ދޮރުން ވަންނާށެވެ! އަދި ﷲ އަށް تقوى ވެރިވާށެވެ! އެއީ ކަލޭމެންނަށް ކާމިޔާބުވެ ނަސީބު ލިބުމަށްޓަކައެވެ. • إحرام ބަނދެގެންވާ حال ގެއަށް ވަންނަންވެއްޖެއްޔާ ގޭގެ ފަހަތުގައިވާ ދޮރަކުން ނުވަތަ ބާގަނޑަކުން ގެއަށް ވަންނަމުން ގެންދިއުމީ عَرَبِى ންގެ ބައެއް قَبِيْلَة ގެ މީހުންކުރިކަމެކެވެ. އެއީ حُمْسُ ކިޔާ ބައެކެވެ. އެމީހުންނަކީ އެނގޭގޮތުގައި ދީނުގެ ކަންކަމުގައި ބާރަށް ހިފައިގެން ތިބޭ މީހުންނެވެ. އެމީހުން އެކަންކުރީ إحرام ބަނދެގެންވާ حال ބޯނިވައިކުރެވިދާނެތީއެވެ. އެކަމުގައި ހައްދުފަހަނައެޅީއެވެ. މިއާޔަތް ބާވައިލެއްވުމުން އެކަން بَاطِل ވީއެވެ.

Verse 190

وَقَـٰتِلُوا۟ فِى سَبِيلِ ٱللَّهِ ٱلَّذِينَ يُقَـٰتِلُونَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ

Transliteration waqātilū fī sabīli l-lahi alladhīna yuqātilūnakum walā taʿtadū inna l-laha lā yuḥibbu l-muʿ'tadīna

Dhivehi އަދި ކަލޭމެންނާއި ހަނގުރާމަކުރާ ބަޔަކާއި ކަލޭމެން مؤمن ންވެސް ﷲ ގެމަގުގައި ހަނގުރާމަކުރާށެވެ! އަދި އެހެނެއްކަމަކު ހައްދުފަހަނަޅައި ނުދާށެވެ! އަންހެނުންނާ ކުޑަކުދިން މަރައިނުހަދާށެވެ! ދެން جِزْ يَة ގެ أهل ވެރިންވެސް އެ قواعد ގެ މަތީ ދެމިތިބިހިނދަކު އެމީހުންވެސް ނުމަރާށެވެ! ހައްދުފަހަނަޅައިގަތުމަކީ މިބާވަތުގެ ކަންތައްތައް ކުރުމެވެ. ހަމަކަށަވަރުން ހައްދުފަހަނަޅައިދާ މީހުންނަށް ﷲ ލޯބިވެވޮޑި ނުގަންނަވައެވެ.

Verse 191

وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ ۚ وَٱلْفِتْنَةُ أَشَدُّ مِنَ ٱلْقَتْلِ ۚ وَلَا تُقَـٰتِلُوهُمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ حَتَّىٰ يُقَـٰتِلُوكُمْ فِيهِ ۖ فَإِن قَـٰتَلُوكُمْ فَٱقْتُلُوهُمْ ۗ كَذَٰلِكَ جَزَآءُ ٱلْكَـٰفِرِينَ

Transliteration wa-uq'tulūhum ḥaythu thaqif'tumūhum wa-akhrijūhum min ḥaythu akhrajūkum wal-fit'natu ashaddu mina l-qatli walā tuqātilūhum ʿinda l-masjidi l-ḥarāmi ḥattā yuqātilūkum fīhi fa-in qātalūkum fa-uq'tulūhum kadhālika jazāu l-kāfirīna

Dhivehi އަދި އެމީހުން އެބަހީ مُشْرِك ން ފެނުނުތާކުން ހިފައި ކަލޭމެން އެމީހުން މަރާށެވެ! އަދި އެމީހުން ކަލޭމެންގެ ގޮވަތިގެދޮރުން ނެރުނުފަދައިން ކަލޭމެންވެސް އެމީހުންގެ ގޮވަތިގެދޮރުން އެމީހުން ނެރޭށެވެ. އަދި އެމީހުން މަރާހެދުމަށްވުރެ شِرك ކުރުމުގެ ފާފަ މާބޮޑެވެ. އަދި الْمَسْجِدُ الْحَرَام ކައިރީގައި އެމީހުން ކަލޭމެންނާ ހަނގުރާމަނުކުރަނިސް ކަލޭމެން ކުރީފަށައިގެން އެމީހުންނާ ހަނގުރާމަ ނުކުރާށެވެ! މުޅި مكّة ގެ حرم ގެ حكم އަކީވެސް މިއެވެ. ދެން އެމީހުން އެތާގައި ކަލޭމެންނާ ހަނގުރާމަކުރަންޏާ ކަލޭމެންވެސް އެމީހުންނާ ހަނގުރާމަކޮށް މަރައި ހަދާށެވެ! ކާފަރުންގެ جَزاء ހުރީ އެފަދައިންނެވެ.

Verse 192

فَإِنِ ٱنتَهَوْا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

Transliteration fa-ini intahaw fa-inna l-laha ghafūrun raḥīmun

Dhivehi ފަހެ އެ مُشْرِك ންގެމީހުން ކަލޭމެންނާ ހަނގުރާމަކުރުން ހުއްޓައި އެމީހުންގެ ކާފަރުކަމުން تَوبة ވެ إسلام ވެއްޖެއްޔާ ފަހެ ހަމަކަށަވަރުން ﷲ تعالى އެމީހުންގެ ފާފަފުއްސަވާ ހުއްޓެވެ. އެހެނީ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 193

وَقَـٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ لِلَّهِ ۖ فَإِنِ ٱنتَهَوْا۟ فَلَا عُدْوَٰنَ إِلَّا عَلَى ٱلظَّـٰلِمِينَ

Transliteration waqātilūhum ḥattā lā takūna fit'natun wayakūna l-dīnu lillahi fa-ini intahaw falā ʿud'wāna illā ʿalā l-ẓālimīna

Dhivehi އޭ مؤمن ންނޭވެ! އެއްވެސް شِرك އެއްނެތި އަޅުކަންކުރުމާއި ކިޔަމަންތެރިކަން ﷲ އަށް އެކަނި خاصّ ވެއްޖައުމަށްދާންދެން ކަލޭމެން އެ مشرك ންނާ ހަނގުރާމަ ކުރާށެވެ! ދެންފަހެ އެމީހުން ހަނގުރާމަ ހުއްޓައި އިސްލާމް دين އަށް ވަދެ دين ގެ ކަންތައްތައް لاَزِمُ ކޮށްގެންފިއްޔާ ދެން ކަލޭމެން އެމީހުންނާ عَدَاوة ތެރިވެ ދެކޮޅުވެރިވެގަތުމެއްނެތެވެ. ހަމައެކަނި ދެންވެސް ތިބި مشرك ންގެމައްޗަށް މެނުވީއެވެ.

Verse 194

ٱلشَّهْرُ ٱلْحَرَامُ بِٱلشَّهْرِ ٱلْحَرَامِ وَٱلْحُرُمَـٰتُ قِصَاصٌ ۚ فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ

Transliteration al-shahru l-ḥarāmu bil-shahri l-ḥarāmi wal-ḥurumātu qiṣāṣun famani iʿ'tadā ʿalaykum fa-iʿ'tadū ʿalayhi bimith'li mā iʿ'tadā ʿalaykum wa-ittaqū l-laha wa-iʿ'lamū anna l-laha maʿa l-mutaqīna

Dhivehi حُرْمة ތެރިކުރެވިގެންވާ މައްސަރުގެ مُقَابِلُ ގައިވަނީ حُرْمَة ތެރިކުރެވިގެންވާ މައްސަރެވެ. (رَسُولُ ﷲ ﷺ صُلْحُ الْحُدَيْبِيَّة ގެ އަހަރު عُمْرَة އަށް ވަޑައިގެންނެވީ ذُوالقَعْدَة މަހުގައެވެ. އެދުވަހު އެކަލޭގެފާނާ مشرك ންނާދެމެދު ވެވުނު صُلح އައިގެމަތީ އެކަލޭގެފާނު مَكّة އަށް ވެދެވަޑައިނުގެން އަނބުރާ مدينة އަށް ވަޑައިގެންނެވީއެވެ. އެއީ هجرة އިން ހަވަނައަހަރެވެ. ދެން އައިއަހަރު قواعد ގެމަތީން ހަމަ ذُوالقَعْدَة މަހު مَكّة އިން مَكّة ގެ أهل ވެރިން ނުކުމެ ނުވަތަ ނެރެވި رَسُولُ ﷲ ﷺ އާއި އެކަލޭގެފާނުންގެ أصحاب ން ތިންދުވަސްވާދެން مكّة ގައިތިބެ عُمْرَة ގެ ކަންތައް ނިންމެވިއެވެ. ކުރީގެ ذُوالقَعْدَة މަހުގެ مُقَابِل ގައި އަނެއްއަހަރުގެ ذُوالقَعْدَة މަސް ﷲ تعالى އެކަލޭގެފާނަށް ދެއްވީއެވެ.) އެއީވެސް ހަމަ قِصَاص އެވެ. އެހެންވެ ދެން އެ އަންގަވަނީ حُرْمَة ތެރިވެގެންވާ ކަންކަމުގައިވެސް قِصَاص ވާނޭކަމަށެވެ. - މިކަމަކީވެސް مشرك ންގެ ކިބައިން ﷲ تعالى ހިއްޕެވި قِصَاص އެކެވެ. - ދެން އެ އަންގަވަނީ: ކަލޭމެންނާ عَداوة ތެރިވެ ހައްދުފަހަނަޅައިގަތް ބަޔަކާއި ކަލޭމެންވެސް عَداوة ތެރިވެ ދިމާކުރުން އޮންނާންވާނީ އެމީހުންވެސް ކަލޭމެންނާ عَداوة ތެރިވެ ދިމާކުރި މިންވަރަކަށެވެ. އެއަށްވުރެ ބޮޑަށް އަނިޔާކޮށް ދިމާކުރުމާމެދު ކަލޭމެން ބިރުވެތިވާހުށިކަމެވެ! ﷲ އަށް تقوى ވެރިވާށެވެ! އަދި ﷲ تعالى تقوى ވެރިންނާއިއެކު ވޮޑިގެންވާކަން ކަލޭމެން ދަންނާށެވެ! އެބަހީ އެކަލާނގެ އެމީހުންނަށް އެހީވެވޮޑިގެންނެވުމާއި އެކަލާނގެއޯގާވަންތަވެ ވޮޑިގަތުން އެމީހުންނަށް އަބަދުވެސް އޮންނާނެކަން ކަލޭމެން ދަންނާށެވެ!

Verse 195

وَأَنفِقُوا۟ فِى سَبِيلِ ٱللَّهِ وَلَا تُلْقُوا۟ بِأَيْدِيكُمْ إِلَى ٱلتَّهْلُكَةِ ۛ وَأَحْسِنُوٓا۟ ۛ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ

Transliteration wa-anfiqū fī sabīli l-lahi walā tul'qū bi-aydīkum ilā l-tahlukati wa-aḥsinū inna l-laha yuḥibbu l-muḥ'sinīna

Dhivehi އަދި ﷲ ގެމަގުގައި ކަލޭމެން ހޭދަކުރާށެވެ! އަދި ކަލޭމެންގެ އަމިއްލަ އަތްތަކުން ކަލޭމެން ހަލާކުގެތެރެއަށް އެއްލައި ނުލާށެވެ! ދޫކޮށް ނުލާށެވެ. އެހެނީ ﷲ ގެމަގުގައި ތިމާ ހޭދަކުރަންޖެހޭ މިންވަރަށް ތިމާއަށް فرضވާ މިންވަރަށް ހޭދަނުކުރުމީ ތިމާ ހަލާކުގެތެރެއަށް ވައްޓައިލުމެވެ. އެހެން އެހަދަނީ ތިމާ ތިމާއަށެވެ. އަދި ހޭދަކުރުމުގައި إحسان ތެރިވާށެވެ! إخلاص ތެރިވާށެވެ! ﷲ ގެ دين ކުރިއެރުވުމަށް ހޭދަކުރާށެވެ! ހަމަކަށަވަރުން إحسان ތެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.

Verse 196

وَأَتِمُّوا۟ ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۖ وَلَا تَحْلِقُوا۟ رُءُوسَكُمْ حَتَّىٰ يَبْلُغَ ٱلْهَدْىُ مَحِلَّهُۥ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِۦٓ أَذًى مِّن رَّأْسِهِۦ فَفِدْيَةٌ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ ۚ فَإِذَآ أَمِنتُمْ فَمَن تَمَتَّعَ بِٱلْعُمْرَةِ إِلَى ٱلْحَجِّ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۚ فَمَن لَّمْ يَجِدْ فَصِيَامُ ثَلَـٰثَةِ أَيَّامٍ فِى ٱلْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌ كَامِلَةٌ ۗ ذَٰلِكَ لِمَن لَّمْ يَكُنْ أَهْلُهُۥ حَاضِرِى ٱلْمَسْجِدِ ٱلْحَرَامِ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

Transliteration wa-atimmū l-ḥaja wal-ʿum'rata lillahi fa-in uḥ'ṣir'tum famā is'taysara mina l-hadyi walā taḥliqū ruūsakum ḥattā yablugha l-hadyu maḥillahu faman kāna minkum marīḍan aw bihi adhan min rasihi fafid'yatun min ṣiyāmin aw ṣadaqatin aw nusukin fa-idhā amintum faman tamattaʿa bil-ʿum'rati ilā l-ḥaji famā is'taysara mina l-hadyi faman lam yajid faṣiyāmu thalāthati ayyāmin fī l-ḥaji wasabʿatin idhā rajaʿtum til'ka ʿasharatun kāmilatun dhālika liman lam yakun ahluhu ḥāḍirī l-masjidi l-ḥarāmi wa-ittaqū l-laha wa-iʿ'lamū anna l-laha shadīdu l-ʿiqābi

Dhivehi އޭ مؤمن ންނޭވެ! ﷲ تعالى އަށްޓަކައި ކަލޭމެން حَجّ އާއި عُمْرَة ގެ އަޅުކަން ބަރާބަރަށް ފުރިހަމަ ކުރާށެވެ! އަދި حجّ ނުވަތަ عُمْرَة އަށް إحرام ބަނުމަށްފަހު مكّة އަށް އައިސް حجّ ގެ ކަންތައް އަދާނުކުރެވެނިސް މަގުބަންދުވެގެން (عَدُوُّ ންގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުންނަމަވެސް) ނާދެވޭގޮތް ދިމާވެއްޖެއްޔާ އެހުރިތަނަކުން هَدْىُ ކަތިލައި ނުވަތަ هَدْىُ حَرَم އަށް ހަދިޔާކޮށް إحْرَام ކަނޑާށެވެ! އަދި هَدْىُ އޭގެ مَحَلّ އަށް ފޯރައްޖައުމަށްދާންދެން ކަލޭމެންގެ ބޯތައް ނުބައިލާށެވެ! (މިއިން ކޮންމެ حكم އެއްގައި إخْتِلاَف ވެފައިވެއެވެ. އަދި تفصيل ވާހަކަވެއެވެ. އެވާހަކަތައް އެހެން ދަނޑިވަޅެއްގައި ބަޔާންކުރުމުގެ أمّيد ގައި އިހަށް ބާއްވަމެވެ.) ދެން އަދި ކަލޭމެންކުރެ މީހަކު ބަލިވެގެން ނުވަތަ ބޮލުގައި އުކުނުއެޅުންފަދަ އުނދަގުލެއްވެގެން ބޯ ބައިލަން ދިމާވެއްޖެނަމަ ބޯބައިލާފާ فِدْيَة ދޭށެވެ! އެއީ ތިންދުވަހު ރޯދަހިފުން ނުވަތަ ހަމިސްކީނުންނަށް ކާއެތިކޮޅުދިނުން ނުވަތަ ބަކައްޓެއް ކަތިލުމެވެ. - ދެން إحْصَار ވުމުގެ ކަންތަކުން އަމާންވެގެން حَجُّ، عمرة ގެ ކަންތައް އަދާކުރުމަށްދާމީހާ حَجُّ ފަހުންކުރާގޮތަށް عُمْرَة އަށް ކުރިން إحْرَام ބަނދެ (تَمَتُّعُ ވާނަމަ هَدْىُ ކަތިލުން ހުއްޓެވެ. އެއީ ބަކައްޓެއް ކަތިލުމެވެ. ނުވަތަ ހަތްމީހުން ބައިވެރިވެގެން ޖަމަލެއް ނުވަތަ ގެރިއެއް ކަތިލުމެވެ. ކަތިލާނެ ބަކައްޓެއް ނުލިބުނުމީހާ حَجُّ ގެތެރޭގައި ތިންދުވަހު ރޯދަހިފައި އަނބުރާ ރަށަށް އައިސް ހަތްދުވަހު ރޯދަހިފުން ހުއްޓެވެ. އެއީ ބަރާބަރު ފުރިހަމަ ދިހަދުވަހުގެ ރޯދައެވެ. ނަމަވެސް މި هَدْىُ ކަތިލުމުގެ وَاجب ކަން އޮންނާނީ مكّة ގެ أهل ވެރިންނޫން މީހުންނަށެވެ. (المَسْجِدُ الحرام ގެ ކައިރީގައި حَاضِر ވެ ދިރިއުޅޭމީހުންނޫން މީހުނެވެ.) އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! تقوى ވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ عُقُوبَة ގަދަވެގެންވާ ކަލާނގެއެވެ.

Verse 197

ٱلْحَجُّ أَشْهُرٌ مَّعْلُومَـٰتٌ ۚ فَمَن فَرَضَ فِيهِنَّ ٱلْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِى ٱلْحَجِّ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ يَعْلَمْهُ ٱللَّهُ ۗ وَتَزَوَّدُوا۟ فَإِنَّ خَيْرَ ٱلزَّادِ ٱلتَّقْوَىٰ ۚ وَٱتَّقُونِ يَـٰٓأُو۟لِى ٱلْأَلْبَـٰبِ

Transliteration al-ḥaju ashhurun maʿlūmātun faman faraḍa fīhinna l-ḥaja falā rafatha walā fusūqa walā jidāla fī l-ḥaji wamā tafʿalū min khayrin yaʿlamhu l-lahu watazawwadū fa-inna khayra l-zādi l-taqwā wa-ittaqūni yāulī l-albābi

Dhivehi حَجّ އަށް إحْرَام ބަނުމުގެ مُوسم އަކީ މައްސަރުތަކެކެވެ. އެއީ حَجُّ مُوسم އެވެ. އެއީ شَوَّال މަހާއި ذُوالْقَعدَة މަހާއި حَجُّ މަހުގެ ފުރަތަމަ ދިހަދުވަހެވެ. (ނުވަތަ އެތިންމަސްދުވަސް އެކަށެވެ.) ފަހެ އެ مُوسم ގައި حَجّ އަށް إحرام ބަނދެ حَجّ ގެ އަޅުކަމުގެތެރެއަށް ވަދެގެންފިމީހާގެމައްޗަށް އަންހެނުންނާ جِمَاعُ ވުމާއި އެކަމާބެހޭ ވާހަކަ ދައްކައި އެރޮނގުން ބީހިއުޅުން حرام ވާނެއެވެ. އަދި فَاسِقُ ވެ ގަތުމެއްނެތެވެ. އެއީ ﷲ އަށް އުރެދުމުގެ އެންމެހައި ކަންކަމެވެ. އަދި حَجّ ގެތެރޭގައި އެކަކު އަނެކަކު ޒުވާބުކޮށް جَدَلُ ކޮށް އަރައިރުންވުމެއްނެތެވެ. މިއީ ހައްތާވެސް حَرَام ކަންކަމެވެ. އެޔާ خلاف އަށް ހެޔޮކަންތައްތައް ކުރާށެވެ! ހެޔޮކަންކަމުގެ ތެރެއިން ކަލޭމެންކުރާ ކޮންމެ ކަމެއްމެ ﷲ ދެނެވޮޑިގެންވެއެވެ. އެކަންކަމަށް އެކަލާނގެ ހެޔޮޖަޒާދެއްވާ ހުއްޓެވެ. އަދި حَجّ ދަތުރަށް ފުރާއިރުވެސް ދަތުރުމަތީގެ ކާނާ ހޯދާ ތައްޔާރުކުރާށެވެ! އެންމެ ހެޔޮވެގެންވާ ކާނާއަކީ تقوى ވެރިކަމެވެ. ﷲ އަށް ކިޔަމަންވެ طَاعَة އަދާކުރުމެވެ. އޭ ބުއްދިވެރިންނޭވެ! ކަލޭމެން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! ތިމަންރަސްކަލާނގެ އަމުރުތަކަށް ކިޔަމަންވެ ނަހީކުރެއްވި ކަންތަކާ ދުރުވެގަންނާށެވެ! تقوى ވެރިވުމުގެ ޙަޤީޤަތަކީ އެއީއެވެ.

Verse 198

لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا۟ فَضْلًا مِّن رَّبِّكُمْ ۚ فَإِذَآ أَفَضْتُم مِّنْ عَرَفَـٰتٍ فَٱذْكُرُوا۟ ٱللَّهَ عِندَ ٱلْمَشْعَرِ ٱلْحَرَامِ ۖ وَٱذْكُرُوهُ كَمَا هَدَىٰكُمْ وَإِن كُنتُم مِّن قَبْلِهِۦ لَمِنَ ٱلضَّآلِّينَ

Transliteration laysa ʿalaykum junāḥun an tabtaghū faḍlan min rabbikum fa-idhā afaḍtum min ʿarafātin fa-udh'kurū l-laha ʿinda l-mashʿari l-ḥarāmi wa-udh'kurūhu kamā hadākum wa-in kuntum min qablihi lamina l-ḍālīna

Dhivehi އޭ مؤمن ންނޭވެ! حَجّ އަށް إحرام ބަނދެގެންހުއްޓަސް حَجّ ގެތެރޭގައި ވިޔަފާރިކޮށް ގަނެވިއްކުމުގެ ކަންތައް ހިންގައި ﷲ ގެ حضرة ން فَضْلَ ވަންތަކަމާއި ދީލަތިކަން އެދުމަކީ ކަލޭމެންގެމައްޗަށް ކުށެއް އޮތްކަމެއްނޫނެވެ. މަނާކަމެއްނޫނެވެ. ދެންފަހެ عرفات ގައިހުރެ އެކަން ނިމުމުން އަވަސްއަވަހަށް مُزْدَلِفَة އަށް އައިސް އެތާނގައިވާ المَشْعَرُ الْحَرَام އެވެ ކިޔާ މިސްކިތުގައި އަދި ނުވަތަ މިސްކިތްކައިރީގައި އަދި ނުވަތަ މުޅި مُزْدَلِفَة ގައި ﷲ އަށް ذِكر ކުރާށެވެ! މިއިން މުރާދުކުރެވޭ އެއްކަމަކީ مَغْرِبُ ނަމާދާ عِشَاء ނަމާދާ ދެނަމާދު جمع ކޮށް އެތާނގައިކުރުމާއި ދެންވެސް ﷲ އަށް ذِكر ކުރުމާއި ފަތިސްނަމާދު އެތާނގައި ކުރުމެވެ. އަދި އެކަލާނގެ ކަލޭމެންނަށް ތެދުމަގު ދެއްކެވިކަމަށްޓަކައި ކަލޭމެން އެކަލާނގެއަށް ذِكر ކުރާށެވެ! އަދި ހަމަކަށަވަރުން އެކަލާނގެ ތެދުމަގު ދެއްކެވުމުގެ ކުރީގައި ކަލޭމެންވީ މަގުފުރެދިގެންވާ މީހުންގެތެރެއިންނެވެ.

Verse 199

ثُمَّ أَفِيضُوا۟ مِنْ حَيْثُ أَفَاضَ ٱلنَّاسُ وَٱسْتَغْفِرُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

Transliteration thumma afīḍū min ḥaythu afāḍa l-nāsu wa-is'taghfirū l-laha inna l-laha ghafūrun raḥīmun

Dhivehi ދެން مُزْدَلِفَة އިން مِنَى އަށް إبراهيم عليه السّلام ވަޑައިގެންނެވިފަދައިން ކަލޭމެންވެސް ދާށެވެ! އަދި ފާފަފުއްސެވުން އެދި ﷲ ގެ حضرة ގައި ދަންނަވާށެވެ! ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 200

فَإِذَا قَضَيْتُم مَّنَـٰسِكَكُمْ فَٱذْكُرُوا۟ ٱللَّهَ كَذِكْرِكُمْ ءَابَآءَكُمْ أَوْ أَشَدَّ ذِكْرًا ۗ فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍ

Transliteration fa-idhā qaḍaytum manāsikakum fa-udh'kurū l-laha kadhik'rikum ābāakum aw ashadda dhik'ran famina l-nāsi man yaqūlu rabbanā ātinā fī l-dun'yā wamā lahu fī l-ākhirati min khalāqin

Dhivehi ދެންފަހެ ބޮޑު عيد ދުވަހު مِنَى ގައްޔާއި مكّة ގައި ކަލޭމެންގެ نُسُكُ ތައް އަދާކޮށް ނިންމުމަށްފަހު - އެ نُسُكُ ތަކަކީ جَمْرَه އަށް ހިލައުކުމާ ބޯބޭލުން ނުވަތަ ކޮށުމާއި ކަތިލުމާ ގެފުޅަށްގޮސް طَوَافُ الإفَاضَة ކުރުމެވެ. މީގެތެރެއިން ކޮންމެވެސް ދެކަމެއް ކުރެވުމުން ފުދިދެއެވެ. ދެން ބާކީހުރި ކަންތައް أيَّامُ التَشريق ތެރޭ ކުރުންހުއްޓެވެ.) ދެން منى ގައިތިބެ ﷲ އަށް ذِكر ކުރާށެވެ! އެއީ ކަލޭމެންގެ ކާބަފައިން ކުރިގޮތަށެވެ. ނުވަތަ އެއަށްވުރެވެސް ގިނައިންނެވެ. ފަހެ މީސްތަކުންގެ ތެރޭގައި ހަމައެކަނި (رَبَّنَا آتِنَا فِى الدُّنْيَا - އޭ އަޅަމެންގެ رَبّ އެވެ! އަޅަމެނަށް ދުނިޔޭގައި ދެއްވާނދޭވެ!) މިހެން ކިޔައި دُعَاء ކުރާމީހުންވެއެވެ. އެމީހުންނަށް آخرة ގައި އެއްވެސް ނަސީބެއް ކާމިޔާބީއެއްނެތެވެ.

Verse 201

وَمِنْهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ

Transliteration wamin'hum man yaqūlu rabbanā ātinā fī l-dun'yā ḥasanatan wafī l-ākhirati ḥasanatan waqinā ʿadhāba l-nāri

Dhivehi އަދި އެމީހުންގެތެރޭގައި رَبَّنَا آتِنَا فِى الدُّنْيَا حَسَنَةً وَفِى الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ - އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންނަށް ދުނިޔޭގައި ހެޔޮކަންދެއްވާށެވެ! އަދި آخرة ގައިވެސް އަޅަމެންނަށް ހެޔޮކަންދެއްވައި އަޅަމެން ނަރަކައިގެ عَذَاب ން ސަލާމަތްކުރައްވާނދޭވެ! މިހެން دُعَاء ކުރާމީހުންވެއެވެ.

Verse 202

أُو۟لَـٰٓئِكَ لَهُمْ نَصِيبٌ مِّمَّا كَسَبُوا۟ ۚ وَٱللَّهُ سَرِيعُ ٱلْحِسَابِ

Transliteration ulāika lahum naṣībun mimmā kasabū wal-lahu sarīʿu l-ḥisābi

Dhivehi އެމީހުންނަކީ އެމީހުންގެ މަސައްކަތުން، ކުރިހެޔޮ عمل ތަކުގެ ސަބަބުން ކާމިޔާބުވެ ނަސީބުލިބޭނޭ މީހުންނެވެ. އަދި ﷲ އީ ހިސާބު ބެއްލެވުމުގައި އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.

Verse 203

۞ وَٱذْكُرُوا۟ ٱللَّهَ فِىٓ أَيَّامٍ مَّعْدُودَٰتٍ ۚ فَمَن تَعَجَّلَ فِى يَوْمَيْنِ فَلَآ إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَآ إِثْمَ عَلَيْهِ ۚ لِمَنِ ٱتَّقَىٰ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُمْ إِلَيْهِ تُحْشَرُونَ

Transliteration wa-udh'kurū l-laha fī ayyāmin maʿdūdātin faman taʿajjala fī yawmayni falā ith'ma ʿalayhi waman ta-akhara falā ith'ma ʿalayhi limani ittaqā wa-ittaqū l-laha wa-iʿ'lamū annakum ilayhi tuḥ'sharūna

Dhivehi އަދި عدد ކަނޑައެޅިގެންވާ ދުވަސްތަކެއްގައި ކަލޭމެން ﷲ އަށް ذِكر ކުރާށެވެ! އެއީ مِنَى ގައި ތިބެ أيّام التَّشريق ގެ ދުވަސްތަކުގައި تَكْبِير ކިޔައި ﷲ އަށް تَعْظِيْم ކޮށް މާތްކޮށް ހިތުމުގެ ވާހަކައެވެ. ދެންފަހެ حَجُّ މަހުގެ އެގާރަވަނަ ދުވަހާއި ބާރަވަނަދުވަހާއި ދެދުވަހު ތިބެފައި ފުރައިގެންދާ މީހާގެމައްޗަކަށްވެސް ކުށެއްނެތެވެ. އަދި ތޭރަވަނަދުވަހު ހިލައުކާފައިދާން ލަސްކޮށްގެން ހުރި މީހާގެ މައްޗަކަށްވެސް ކުށެއްނެތެވެ. އެއީ تقوى ވެރިންނަށް އޮތްކަމެކެވެ. އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ދަންނާށެވެ! قيامة ދުވަހުން ކަލޭމެން محشر ކުރެވޭނީ އެއްކުރެވޭނީ ހަމަ އެކަލާނގެ حضرة އަށެވެ.

Verse 204

وَمِنَ ٱلنَّاسِ مَن يُعْجِبُكَ قَوْلُهُۥ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيُشْهِدُ ٱللَّهَ عَلَىٰ مَا فِى قَلْبِهِۦ وَهُوَ أَلَدُّ ٱلْخِصَامِ

Transliteration wamina l-nāsi man yuʿ'jibuka qawluhu fī l-ḥayati l-dun'yā wayush'hidu l-laha ʿalā mā fī qalbihi wahuwa aladdu l-khiṣāmi

Dhivehi އަދި މީސްތަކުންގެތެރޭގައި އެމީހާގެބަހުން ކަލޭގެފާނު عجائب ކޮށްލާމީހުންވެއެވެ. (އެއީ أخْنَسْ بنُ شَرِيْقُ ކަމުގައި ނުވަތަ مُنَافق ންގެ މީހަކުކަމުގައި ބުނެވުނެވެ. އޭނާ رَسُول ﷲ ﷺ ގެ އަރިހަށް އައިސް إسلام ކަން ފާޅުކޮށް - އަދި އޭނާ އެބުނަނީ ތެދެއްކަމުގައި ﷲ ހެކިވެސް ކުރުވިއެވެ. މިއާޔަތާއި މީގެފަހުގެ އާޔަތުގައި އެވަނީ އޭނާގެ ވާހަކައެވެ. ދެން އޭނާ رَسُول އާގެ އަރިހުން ނުކުމެގެންގޮސް مسلم ންކުރެމީހެއްގެ ދަނޑެއް އަންދާލާ حِمَار ތަކެއްގެ ބަނޑުފަޅާ خراب ކުރިއެވެ.) އޭނާގެ ބަސް ފޮނިކަމުން رَسُول ﷲ ﷺ عجائب ކޮށްލިކަމުގައިވިއެވެ. އަދި އޭނާ އެބުނަނީ ތެދެއްކަމުގައި ﷲ ހެކިކުރުވިއެވެ. އެހެނެއްކަމަކު އޭނާއަކީ ހަމަ ދެކޮޅުވެރިކަން ގަދަވެގެންވާ ދެކޮޅުވެރި ނުބައި މީހެކެވެ.

Verse 205

وَإِذَا تَوَلَّىٰ سَعَىٰ فِى ٱلْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ ٱلْحَرْثَ وَٱلنَّسْلَ ۗ وَٱللَّهُ لَا يُحِبُّ ٱلْفَسَادَ

Transliteration wa-idhā tawallā saʿā fī l-arḍi liyuf'sida fīhā wayuh'lika l-ḥartha wal-nasla wal-lahu lā yuḥibbu l-fasāda

Dhivehi އޭނާ އެނބުރި ފުރަގަސްދީފިއްޔާ ބިމުގައި ފަސާދަކުރުމަށް މަސައްކަތްކުރެއެވެ. އަދި ދަނޑުބިމާއި نَسْلُ ހަލާކުކުރެއެވެ. ޖަނަވާރު މަރާހަދައެވެ. އަދި ފަސާދަކުރުމަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.

Verse 206

وَإِذَا قِيلَ لَهُ ٱتَّقِ ٱللَّهَ أَخَذَتْهُ ٱلْعِزَّةُ بِٱلْإِثْمِ ۚ فَحَسْبُهُۥ جَهَنَّمُ ۚ وَلَبِئْسَ ٱلْمِهَادُ

Transliteration wa-idhā qīla lahu ittaqi l-laha akhadhathu l-ʿizatu bil-ith'mi faḥasbuhu jahannamu walabi'sa l-mihādu

Dhivehi އަދި އޭނާގާތު ﷲ އަށް ކަލޭ ބިރުވެތިވެ تقوى ވެރިވާށޭ ބުނެވިއްޖެއްޔާ ފާފަވެރިވެވޭނޭގޮތުން ބޮޑާވެ ކިބުރުވެރިކަން އިސްކުރެއެވެ. ފަހެ އޭނާއަށް ނަރަކަ ފުދެއެވެ. އެއީ ނުބައިވެގެންވާ ތަންމައްޗެކެވެ.

Verse 207

وَمِنَ ٱلنَّاسِ مَن يَشْرِى نَفْسَهُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ

Transliteration wamina l-nāsi man yashrī nafsahu ib'tighāa marḍāti l-lahi wal-lahu raūfun bil-ʿibādi

Dhivehi އަދި މީސްތަކުންގެތެރޭގައި ﷲ ގެ ރުހިވޮޑިގަތުމަށް އެދި ތިމާގެ نفس ވިއްކާ މީހުންވެއެވެ. އަދި ﷲ تعالىއީ އެކަލާނގެ އަޅުތަކުންގެ މައްޗަށް ނުހަނު އޯގާވަންތަވެވޮޑިގެންވާ ކަލާނގެއެވެ.\nމިއާޔަތް ބާވައިލެއްވުނީ صُهَيْبُ الرّومى އާ މެދުގައިކަމުގައިވިއެވެ. އެކަލޭގެފާނުންގެ މުދާ އެމީހުންނަށް ދީފާ މުދާދޫކޮށްފާ ހަމައެކަނި نفس އާއިގެން هجرة އަށް ވަޑައިގަތީއެވެ. والله أعلم.

Verse 208

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱدْخُلُوا۟ فِى ٱلسِّلْمِ كَآفَّةً وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ

Transliteration yāayyuhā alladhīna āmanū ud'khulū fī l-sil'mi kāffatan walā tattabiʿū khuṭuwāti l-shayṭāni innahu lakum ʿaduwwun mubīnun

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން އެންމެން އެކީއެކަށް إسلام ދީނަށް ވަންނާށެވެ! ﷲ އަށް ކިޔަމަންތެރިވާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކާއި تَبَعَ ނުވާށެވެ! ގިނަގިނައިން އުރެދުންތަކަށް އަރައިނުގަންނާށެވެ! ހަމަކަށަވަރުން އެސޮރަކީ ކަލޭމެނަށް عَدَاوَة ތެރިކަން بَيَان ވެގެންވާ عَدُوّ އެކެވެ.

Verse 209

فَإِن زَلَلْتُم مِّنۢ بَعْدِ مَا جَآءَتْكُمُ ٱلْبَيِّنَـٰتُ فَٱعْلَمُوٓا۟ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ

Transliteration fa-in zalaltum min baʿdi mā jāatkumu l-bayinātu fa-iʿ'lamū anna l-laha ʿazīzun ḥakīmun

Dhivehi ފަހެ ކަލޭމެންގާތަށް بَيَان ވެގެން دليل އައުމަށްފަހު، إسلام دين އަކީ حقّ دين ކަމުގެ حُجَّة އައުމަށްފަހު ކަލޭމެން އެ حقّ ދޫކޮށް ދުރަށްޖެހިއްޖެއްޔާ، إسلام دين إختيار ނުކުރިއްޔާ އެކަލާނގެ ކަލޭމެންގެ ކިބައިން އޭގެ بَدَلُ ހިތްޕަވާނެއެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ حكمة ވަންތަ ކަލާނގެކަން ކަލޭމެން ދަންނާށެވެ!

Verse 210

هَلْ يَنظُرُونَ إِلَّآ أَن يَأْتِيَهُمُ ٱللَّهُ فِى ظُلَلٍ مِّنَ ٱلْغَمَامِ وَٱلْمَلَـٰٓئِكَةُ وَقُضِىَ ٱلْأَمْرُ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ

Transliteration hal yanẓurūna illā an yatiyahumu l-lahu fī ẓulalin mina l-ghamāmi wal-malāikatu waquḍiya l-amru wa-ilā l-lahi tur'jaʿu l-umūru

Dhivehi އެމީހުން يعني مُشْرِك ންގެމީހުން އެމީހުންގެގާތަށް ވިލާފުސްގަނޑެއްގެ ނިވަލުގައި ﷲ ވޮޑިގަތުމަށްމެނުވީ އަދި مَلاَئِكَة ބޭކަލުން ވަޑައިގަތުމަށްމެނުވީ އެމީހުން އެބަ إنْتِظَارُ ކުރޭހެއްޔެވެ؟ އެބަހީ އެމީހުން އެ إنْتِظَارُ ކުރަނީ އެކަމަށެވެ. ދެން އެމީހުންގެމެދުގައި ނިޔާކުރެވި ނިމުމަށެވެ. قِيَامة ވެ ހިސާބުބައްލަވާ ނިމުމަށެވެ. އަދި އެންމެހައި ކަންތައް رُجُوعُ ވުންވަނީ ހަމަ ﷲ ގެ حضرة އަށެވެ.

Verse 211

سَلْ بَنِىٓ إِسْرَٰٓءِيلَ كَمْ ءَاتَيْنَـٰهُم مِّنْ ءَايَةٍۭ بَيِّنَةٍ ۗ وَمَن يُبَدِّلْ نِعْمَةَ ٱللَّهِ مِنۢ بَعْدِ مَا جَآءَتْهُ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

Transliteration sal banī is'rāīla kam ātaynāhum min āyatin bayyinatin waman yubaddil niʿ'mata l-lahi min baʿdi mā jāathu fa-inna l-laha shadīdu l-ʿiqābi

Dhivehi (އޭ رسول ﷲ އެވެ!) بَني إسرائيل މީހުންގެގާތަށް ކިތައްކިތައް مُعْجِزَة އައިތޯ مُوسى عليه السّلام ގެ رَسُول ކަން އެއީ حقّ رَسول ކަމެއްކަން بَيَان ކޮށްދޭ ކިތައްކިތައް دليل އައިތޯ ކަލޭގެފާނު އެމީހުންގެކުރެން ނިކަން އައްސަވާބައްލަވާށެވެ. ނަމަވެސް އެމީހުންގެ ގިނަމީހުން އެކަންކަން ތެދުނުކޮށް އެކަލޭގެފާނަށް އީމާންނުވެ ﷲ އެމީހުންނަށް އެދެއްވި ބޮޑު نعمة ކާފަރުކަމަށް ބަދަލުކުރީއެވެ. އަދި އެމީހެއްގެގާތަށް ﷲ ގެ نعمة އައުމަށްފަހު އެ نعمة ބަދަލުކޮށްފިމީހަކަށް ﷲ تعالى عُقُوبَة ދެއްވާހުއްޓެވެ. ފަހެ ހަމަކަށަވަރުން ﷲ تعالى އީ عُقُوبَة ދެއްވުން ގަދަވެގެންވާ ކަލާނގެއެވެ.

Verse 212

زُيِّنَ لِلَّذِينَ كَفَرُوا۟ ٱلْحَيَوٰةُ ٱلدُّنْيَا وَيَسْخَرُونَ مِنَ ٱلَّذِينَ ءَامَنُوا۟ ۘ وَٱلَّذِينَ ٱتَّقَوْا۟ فَوْقَهُمْ يَوْمَ ٱلْقِيَـٰمَةِ ۗ وَٱللَّهُ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ

Transliteration zuyyina lilladhīna kafarū l-ḥayatu l-dun'yā wayaskharūna mina alladhīna āmanū wa-alladhīna ittaqaw fawqahum yawma l-qiyāmati wal-lahu yarzuqu man yashāu bighayri ḥisābin

Dhivehi އަދި ކާފަރުވީ މީސްތަކުންނަށް މިއަވަސްވެގެންވާ دُنْيَوى حَيَاة ގެ ލޯބިވެތިކަން ޒީނަތްތެރިކުރެވިގެންވެއެވެ. فخر ވެރިވުމާއި، رِيَاسَة އާއި މުދާގިނަކުރުމާއި މިބާވަތުގެ އެންމެހައިކަމެއް ޒީނަތްތެރިކުރެވިގެންވެއެވެ. އަދި އީމާންވެ ﷲ އަށް ކިޔަމަންވެގެންވާ މީސްތަކުންނަށް މިމީހުން މަލާމާތްކޮށް ގޮއްވާހަދައެވެ. އަދި އެކަމަކު قيامة ދުވަހުން تقوى ވެރިވީ މީސްތަކުންވާނީ މިކާފަރުންގަނޑުގެ މާމަތީގައެވެ. އެމީހުންވާނީ ސުވަރުގޭގައެވެ. ކާފަރުންވާނީ ނަރަކައިގައެވެ. އަދި تقوى ވެރިވީ މީސްތަކުންނަށް ގިނަގުނަވެގެންވާ نعمة އާއި كَرَامَة މާތް ﷲ ދެއްވާހުއްޓެވެ. އަދި ﷲ އެދިވޮޑިގެންނެވި އަޅަކަށް އެއްވެސް މިންވަރެއްނެތި އެކަލާނގެ ރިޒުގުދެއްވައެވެ.

Verse 213

كَانَ ٱلنَّاسُ أُمَّةً وَٰحِدَةً فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلْكِتَـٰبَ بِٱلْحَقِّ لِيَحْكُمَ بَيْنَ ٱلنَّاسِ فِيمَا ٱخْتَلَفُوا۟ فِيهِ ۚ وَمَا ٱخْتَلَفَ فِيهِ إِلَّا ٱلَّذِينَ أُوتُوهُ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ بَغْيًۢا بَيْنَهُمْ ۖ فَهَدَى ٱللَّهُ ٱلَّذِينَ ءَامَنُوا۟ لِمَا ٱخْتَلَفُوا۟ فِيهِ مِنَ ٱلْحَقِّ بِإِذْنِهِۦ ۗ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

Transliteration kāna l-nāsu ummatan wāḥidatan fabaʿatha l-lahu l-nabiyīna mubashirīna wamundhirīna wa-anzala maʿahumu l-kitāba bil-ḥaqi liyaḥkuma bayna l-nāsi fīmā ikh'talafū fīhi wamā ikh'talafa fīhi illā alladhīna ūtūhu min baʿdi mā jāathumu l-bayinātu baghyan baynahum fahadā l-lahu alladhīna āmanū limā ikh'talafū fīhi mina l-ḥaqi bi-idh'nihi wal-lahu yahdī man yashāu ilā ṣirāṭin mus'taqīmin

Dhivehi (آدم عليه السّلام ން ފެށިގެން نوح عليه السّلام އާއި ދެމެދު) އުޅުނުމީހުންވީ އެއް دين އެއްގައެވެ. އެއީ توحيد ގެ دين އެވެ. އެއީ އެއްހާސް އަހަރުގެ މުއްދަތެވެ. ދެން އޭގެފަހުން މީސްތަކުންގެމެދުގައި شرك އުފެދި إختلاف ތައް އުފެދުމުން ދެން އުފާވެރިކަމުގެ خبر ދެއްވާ އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލުންގެގޮތުގައި ﷲ تعالى ނަބީބޭކަލުން ފޮނުއްވީއެވެ. އަދި އެބޭކަލުންނާއެކު حقّ ގޮތުގައި ފޮތްވެސް ބާވައިލައްވައިފިއެވެ. އެއީ މީސްތަކުންގެމެދުގައި إختلاف ވެފައިވާކަންކަމުގައި މީސްތަކުންގެމެދުގައި حكم ކުރެއްވުމަށެވެ. އަދި އެބަޔަކަށް ފޮތްދެވުނު މީހުން މެނުވީ سَمَاوِي ފޮތާއިމެދު ނުވަތަ توراة އާއިމެދު إختلاف ނުވެއެވެ. އެމީހުންނަކީ بني إسرائيل ންގެ މީހުންނެވެ. އަދި އެމީހުން އެ إختلاف ވީ އެމީހުންގެގާތަށް ބަޔާންވެގެންވާ دليل އާއި ހެކި އައުމަށްފަހުގައެވެ. އެމީހުންގެމެދުގައި އޮތް ދެކޮޅުވެރިކަމުންނެވެ. ދެންފަހެ އެމީހުންގެތެރެއިން އީމާންވީ މީހުންނަށް ﷲ تعالى އެމީހުންގެމެދުގައި إختلاف ވީކަންކަމަށް ތެދުމަގު ދެއްކެވިއެވެ. އެކަލާނގެ إذن ފުޅަށް އޭގެ حقّ ގޮތް ދެއްކެވިއެވެ. އެމީހުންގެމެދުގައި إختلاف ވެ ދެބަސްވީކަމުގައިވީ ހަފްތާގެދުވަސް إختيار ކުރުމުގައެވެ. ހުކުރުދުވަސް إختيار ކުރުމަށް އެބައިމީހުންގެތެރެއިން އެއްވެސްބަޔަކަށް ތެދުމަގެއް ނުލިބުނެވެ. އެކަމަށް ތެދުމަގު ލިބުނީ ހަމައެކަނި މި أمَّة އަށެވެ. މި أمَّة އަށް ހުކުރުދުވަހެވެ. يهودي ންނަށް ހޮނިހިރުދުވަހެވެ. نَصَارى އިންނަށް އާދީއްތަ ދުވަހެވެ. އެހެންވެ ﷲ އެއަންގަވަނީ ﷲ އިރާދަކުރެއްވި އަޅަކަށް ސީދާވެގެންވާ ތެދުމަގަށް އެކަލާނގެ މަގުދައްކަވައެވެ.

Verse 214

أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ

Transliteration am ḥasib'tum an tadkhulū l-janata walammā yatikum mathalu alladhīna khalaw min qablikum massathumu l-basāu wal-ḍarāu wazul'zilū ḥattā yaqūla l-rasūlu wa-alladhīna āmanū maʿahu matā naṣru l-lahi alā inna naṣra l-lahi qarībun

Dhivehi އޭ مؤمن ންނޭވެ! އިސްވެދިޔަ نَبِى ބޭކަލުންނާ تَبَعَ ވެވަޑައިގެންނެވި މާތްބޭކަލުންނަށް ދިމާވިފަދަ إمتحان އާއި ދަތިއުނދަގޫގޮތްތައް އަދި ދިމާނުވަނިސް ސުވަރުގެވަނުމަށް ކަލޭމެން ހީކުރަނީހެއްޔެވެ؟ އެމީހުންނަށް ބަނޑުހައިހޫނުކަމާއި ދަތިއުދަނގޫތައް ދިމާވިއެވެ. އަދި ބިރުވެރިކަމާއި ސިހުންތެރިކަމުން ގޮސް ގުޑުގުޑު އަޅައިގެން ދިޔައެވެ. رَسُول އާ އާއި އަދި އެކަލޭގެފާނުންގެ އަރިހުގައި އީމާންވެތިބިމީހުންވެސް ﷲ ގެ نصر އަންނާނީ ކޮންއިރަކުންބާވައޭ ވިދާޅުވާހިސާބަށް ކަންތައް ދިޔައެވެ. ދަންނާށެވެ! ﷲ ގެ نصر ދާދިގާތެވެ.

Verse 215

يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ

Transliteration yasalūnaka mādhā yunfiqūna qul mā anfaqtum min khayrin falil'wālidayni wal-aqrabīna wal-yatāmā wal-masākīni wa-ib'ni l-sabīli wamā tafʿalū min khayrin fa-inna l-laha bihi ʿalīmun

Dhivehi އޭ رَسُول ﷲ އެވެ! ހޭދަކޮށް صَدَقَة ދޭނެ މުދަލަކާމެދު އެމީހުން ކަލޭގެފާނާއި ސުވާލުކުރާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! މުދަލުގެތެރެއިން ކަލޭމެން ހޭދަކުރާ އެއްޗެއްވިއްޔާ އެއެއްޗެއް ހޭދަކުރަންވާނީ މައިންބަފައިންނަށާއި ގާތްތިމާގެމީހުންނަށާއި يَتِيْمُ ންނަށާއި މިސްކީނުންނަށާއި ދަތުރުވެރިންނަށެވެ. އަދި ކަލޭމެން ހެޔޮކަމުގެ ތެރެއިން ކުރި ކޮންމެކަމެއްވެސް ﷲ ދެނެވޮޑިގެންވެއެވެ. • ދަންނައެވެ! މިއާޔަތަކީ ޒަކާތުގެ އާޔަތް ބާވައިލެއްވުމުގެ ކުރީގެ އާޔަތެއްކަމުގައި ބައެއް ބޭކަލުން ވިދާޅުވެއެވެ. • އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ މިއީ ޒަކާތް ފިޔަވައި ދެންކުރާ سُنَّة ހޭދަތައްކަމުގައެވެ. والله أعلم.

Verse 216

كُتِبَ عَلَيْكُمُ ٱلْقِتَالُ وَهُوَ كُرْهٌ لَّكُمْ ۖ وَعَسَىٰٓ أَن تَكْرَهُوا۟ شَيْـًٔا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰٓ أَن تُحِبُّوا۟ شَيْـًٔا وَهُوَ شَرٌّ لَّكُمْ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

Transliteration kutiba ʿalaykumu l-qitālu wahuwa kur'hun lakum waʿasā an takrahū shayan wahuwa khayrun lakum waʿasā an tuḥibbū shayan wahuwa sharrun lakum wal-lahu yaʿlamu wa-antum lā taʿlamūna

Dhivehi އޭ مؤمن ންނޭވެ! އެކަމަކީ ކަލޭމެންނަށް ނުރުހެވޭ ކަމަކަށްވާ حال ކަލޭމެންގެމައްޗަށް ހަނގުރާމަ فرض ކުރެވިއްޖެއެވެ. އަދި އެކަމަކީ ކަލޭމެންނަށް އެކަމުގައި ހެވާ ލާބަހުރިކަމަކަށްވިޔަސް ކަލޭމެން ނުރުހިދާނެއެވެ. އަދި ހަމައެފަދައިން އެކަމެއްގައި ކަލޭމެނަށް ނުބަޔާ ގެއްލުން ހުރިކަމަކަށްވާ ކަންކަމަށް ކަލޭމެން ލޯބިކޮށްފާނެއެވެ. ކަމުގެ حقيقة ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި ކަލޭމެންނަކަށް ނޭނގެއެވެ.

Verse 217

يَسْـَٔلُونَكَ عَنِ ٱلشَّهْرِ ٱلْحَرَامِ قِتَالٍ فِيهِ ۖ قُلْ قِتَالٌ فِيهِ كَبِيرٌ ۖ وَصَدٌّ عَن سَبِيلِ ٱللَّهِ وَكُفْرٌۢ بِهِۦ وَٱلْمَسْجِدِ ٱلْحَرَامِ وَإِخْرَاجُ أَهْلِهِۦ مِنْهُ أَكْبَرُ عِندَ ٱللَّهِ ۚ وَٱلْفِتْنَةُ أَكْبَرُ مِنَ ٱلْقَتْلِ ۗ وَلَا يَزَالُونَ يُقَـٰتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ ٱسْتَطَـٰعُوا۟ ۚ وَمَن يَرْتَدِدْ مِنكُمْ عَن دِينِهِۦ فَيَمُتْ وَهُوَ كَافِرٌ فَأُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ

Transliteration yasalūnaka ʿani l-shahri l-ḥarāmi qitālin fīhi qul qitālun fīhi kabīrun waṣaddun ʿan sabīli l-lahi wakuf'run bihi wal-masjidi l-ḥarāmi wa-ikh'rāju ahlihi min'hu akbaru ʿinda l-lahi wal-fit'natu akbaru mina l-qatli walā yazālūna yuqātilūnakum ḥattā yaruddūkum ʿan dīnikum ini is'taṭāʿū waman yartadid minkum ʿan dīnihi fayamut wahuwa kāfirun fa-ulāika ḥabiṭat aʿmāluhum fī l-dun'yā wal-ākhirati wa-ulāika aṣḥābu l-nāri hum fīhā khālidūna

Dhivehi އޭ رَسُول ﷲ އެވެ! حُرْمَة ތެރި މައްސަރުގައި ހަނގުރާމަ ކުރުމާމެދު އެކަމުގެ حكم އާއިމެދު ކަލޭގެފާނުންގެ أصحاب ން ކަލޭގެފާނާއި ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! حرمة ތެރި މައްސަރުގައި ހަނގުރާމަކޮށް ލޭއޮހޮރުވުމަކީ ބޮޑުފާފައެކެވެ. އަދި އެހެނެއްކަމަކު ﷲ ގެ މަގު ބަންދުކޮށް إسلام دين އަށް ނުވަދެ އަދި އެދީނަށް މީހުން ވަނަނުދީ ހިފެހެއްޓުމާއި އަދި المسجد الحرام އަށް މީހުން އަޔަނުދީ ހިފެހެއްޓުމާއި އަދި އެކަލާނގެއަށް ކާފަރުވުމާއި އަދި އެތާނގެ أهل ވެރިން އެތަނުން ނެރުމާއި މިކަންކަން އެއަށްވުރެ މާބޮޑެވެ. (މިހުރިހާ ކަމަކީވެސް مشرك ންގެމީހުން مؤمن ންނާމެދު ކުރިކަންކަމެވެ.) އަދި شِرْكُ ކުރުމުގެ ފާފަ މީހުން މެރުމުގެ ފާފައަށްވުރެ މާބޮޑެވެ. އަދި އޭ مؤمن ންނޭވެ! އެ مُشْرِكُ ންގެމީހުން އެމީހުންނަށް ކުޅަދާނަވާނެނަމަ ކަލޭމެން ކަލޭމެންގެ دين ން ބޭރުކޮށް مُرْتَدُّ ވެއްޖައުމަށްދާންދެން އެމީހުން ކަލޭމެނާއި ހަނގުރާމަކުރާނެއެވެ. އަދި ތިމާގެ دين ދޫކޮށް مُرْتَدُّ ވެ އެ ކާފަރުކަންމަތީ މަރުވެއްޖެ މީހުން ދަންނައެވެ. އެމީހުންގެ ހެޔޮ عمل ތައް ދުނިޔެއާއި آخرة ގައިވެސް بَاطل ވީއެވެ. އަދި އެމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.

Verse 218

إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ أُو۟لَـٰٓئِكَ يَرْجُونَ رَحْمَتَ ٱللَّهِ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

Transliteration inna alladhīna āmanū wa-alladhīna hājarū wajāhadū fī sabīli l-lahi ulāika yarjūna raḥmata l-lahi wal-lahu ghafūrun raḥīmun

Dhivehi ހަމަކަށަވަރުން އީމާންވީމީހުން އަދި އެމީހުން هجرة ކޮށް އަދި އެމީހުން ﷲ ގެ މަގުގައި جِهادُ ކޮށް އަދި އެމީހުން ﷲ ގެ رحمة އަށް އެދޭމީހުން - (ﷲ އެކަލާނގެ فضل ވަންތަކަމުން އެމީހުންނަށް رحمة ލައްވާ އެމީހުން ސުވަރުގެ ވެއްދެވުން أمّيد ކުރެވެއެވެ.) އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 219

۞ يَسْـَٔلُونَكَ عَنِ ٱلْخَمْرِ وَٱلْمَيْسِرِ ۖ قُلْ فِيهِمَآ إِثْمٌ كَبِيرٌ وَمَنَـٰفِعُ لِلنَّاسِ وَإِثْمُهُمَآ أَكْبَرُ مِن نَّفْعِهِمَا ۗ وَيَسْـَٔلُونَكَ مَاذَا يُنفِقُونَ قُلِ ٱلْعَفْوَ ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَتَفَكَّرُونَ

Transliteration yasalūnaka ʿani l-khamri wal-maysiri qul fīhimā ith'mun kabīrun wamanāfiʿu lilnnāsi wa-ith'muhumā akbaru min nafʿihimā wayasalūnaka mādhā yunfiqūna quli l-ʿafwa kadhālika yubayyinu l-lahu lakumu l-āyāti laʿallakum tatafakkarūna

Dhivehi (އޭ رَسُول ﷲ އެވެ!) ބަނގުރަލާއި ޖުވާކުޅުމާ މިދެކަމުގެ حكم އާއިމެދު ކަލޭގެފާނުންގެ أصْحَابُ ބޭކަލުން ކަލޭގެފާނާއި ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެދެއެތީގައި ނުވަތަ އެދެކަމުގައި ބޮޑުވެގެންވާ ފާފަ ވެއެވެ. އަދި މީސްތަކުންނަށްވާ މަންފާވެސްވެއެވެ. އަދި އެކަމަކު އެދެއެތީގެ މަންފާޔަށްވުރެ އެދޭތީގެ ފާފަ މާބޮޑެވެ. (ބަނގުރާ حَرَام ވުމާމެދު އައިސްފައިވަނީ قرآن ގައި ތިންއާޔަތެކެވެ. ފުރަތަމަ އާޔަތަކީ މިއީއެވެ. ދެވަނަ އާޔަތް އެވަނީ نِسَاء ސޫރަތުގައެވެ. ތިންވަނަ އާޔަތް އެވަނީ مَائِدَة ސޫރަތުގައެވެ.)\nއަދި އެމީހުން ހޭދަކޮށް صَدَقَة ދީހަދާނީ ކޮންއެއްޗެއްތޯ އެމީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއެއްޗަކީ އިތުރަށްހުރި އެއްޗެކެވެ. ތިމާއަށް لاَزِم ވާ خَرَد ކޮށް އިތުރަށް ހުރި އެއްޗެކެވެ. އެއީ އަދި فرض زكاة އެއްނޫނެވެ. ﷲ تعالى ކަލޭމެންނަށްޓަކައި دليل ތަކާއި حُجَّة ތައް بَيَان ކޮށްދެއްވަނީ ކަލޭމެން فكر ކޮށް ވިސްނާހެދުމަށެވެ.

Verse 220

فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۗ وَيَسْـَٔلُونَكَ عَنِ ٱلْيَتَـٰمَىٰ ۖ قُلْ إِصْلَاحٌ لَّهُمْ خَيْرٌ ۖ وَإِن تُخَالِطُوهُمْ فَإِخْوَٰنُكُمْ ۚ وَٱللَّهُ يَعْلَمُ ٱلْمُفْسِدَ مِنَ ٱلْمُصْلِحِ ۚ وَلَوْ شَآءَ ٱللَّهُ لَأَعْنَتَكُمْ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ

Transliteration fī l-dun'yā wal-ākhirati wayasalūnaka ʿani l-yatāmā qul iṣ'lāḥun lahum khayrun wa-in tukhāliṭūhum fa-ikh'wānukum wal-lahu yaʿlamu l-muf'sida mina l-muṣ'liḥi walaw shāa l-lahu la-aʿnatakum inna l-laha ʿazīzun ḥakīmun

Dhivehi އެއީ ދުނިޔެއާއި آخرة އާއިމެދު ވިސްނާ فكر ކުރުމަށެވެ. ދުނިޔެއަކީ بَلاَ ޔާ މުސީބަތުގެ ތަނެވެ. ފަނާވުން އަވަސްތަނެވެ. آخرة އަކީ جَزَاء ދެއްވުމުގެ ގޮވައްޗެވެ. ދެމިހުންނަނިވި ގޮވައްޗެވެ. آخرة ގެ ކަންތައް އިސްކުރުން އެދެވިގެންވެއެވެ. އެއީ ބުއްދިވެރިންގެ حكمة އެވެ. އަދި يتيم ކުދިންނާމެދުވެސް އެމީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކުދިންގެ ކަންތަކާއި އެކުދިންގެ މުދާ إصلاح ކޮށްހެދުމީ ހެޔޮވެގެންވާ ކަމެކެވެ. އަދި އެކުދިން ކަލޭމެނާއެކުވެ އެކީ އުޅޭކަމަށްވަންޏާ އެއީ ހަމަކަލޭމެންގެ أخ ންނެވެ. مؤمن ންގެގޮތުން أخ ންނެވެ. އަދި އެކުވެ މައްސުނިވެގެން އުޅުނަސް އެކުދިންގެ މުދާ بَاطِل ގޮތުގައި ނުހައްގުން ކެއުމާމެދު ބިރުވެތިވުން ހުއްޓެވެ. އަދި އެކުދިންގެ ކަންތައް ފާސިދުކުރާމީހުންނާ إصلاح ކުރާމީހުން ﷲ ދެނެވޮޑިގެންވެއެވެ. އަދި ﷲ އެދިވޮޑިގެންނެވިނަމަ يتيم ންގެ ކަންތައް ކަލޭމެންގެމައްޗަށް ދަތިއުނދަގޫކަމަކަށް އެކަލާނގެ ލައްވައިފީހެވެ. ހަމަކަށަވަރުން ﷲ އީ عِزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

Verse 221

وَلَا تَنكِحُوا۟ ٱلْمُشْرِكَـٰتِ حَتَّىٰ يُؤْمِنَّ ۚ وَلَأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ ۗ وَلَا تُنكِحُوا۟ ٱلْمُشْرِكِينَ حَتَّىٰ يُؤْمِنُوا۟ ۚ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ ۗ أُو۟لَـٰٓئِكَ يَدْعُونَ إِلَى ٱلنَّارِ ۖ وَٱللَّهُ يَدْعُوٓا۟ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِۦ ۖ وَيُبَيِّنُ ءَايَـٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ

Transliteration walā tankiḥū l-mush'rikāti ḥattā yu'minna wala-amatun mu'minatun khayrun min mush'rikatin walaw aʿjabatkum walā tunkiḥū l-mush'rikīna ḥattā yu'minū walaʿabdun mu'minun khayrun min mush'rikin walaw aʿjabakum ulāika yadʿūna ilā l-nāri wal-lahu yadʿū ilā l-janati wal-maghfirati bi-idh'nihi wayubayyinu āyātihi lilnnāsi laʿallahum yatadhakkarūna

Dhivehi އޭ مؤمن ންނޭވެ! يهودي ންނާއި نصارى އިންގެ އަންހެނުން ފިޔަވައި ދެން އެހެނިހެން مُشْرِك އަންހެނުންނާ ކަލޭމެން مؤمن ފިރިހެނުން ނުއިންނާށެވެ! ކާވެނި ނުކުރާށެވެ. އެކަނބަލުން ކަލޭމެންނާ ކިތައްމެ ވަރަކަށް ހިތައިވިޔަސްމެއެވެ. އެއީ އެކަނބަލުން ކާފަރުކަން ދޫކޮށް إيمان ވާންދެންނެވެ. އަދި ކިތަންމެ ރީތިވެފައި عجائب ވިޔަސް، مُشْرك އަންހެނަކަށްވުރެ مؤمن އަޅަކު މާހެޔޮވެގެންވެއެވެ. އަދި އޭ مؤمن ފިރިހެނުންނޭވެ. ކަލޭމެންގެ مؤمن އަންހެނުން مشرك ފިރިހެނުންނާ ނުދެވާށެވެ! އެފިރިހެނުން އީމާންވާދެންނެވެ. مشرك ފިރިހެނަކާ ކިތައްމެ ވަރަކަށް ކަލޭމެން ގަޔާވެ عجائب ކުރުވިޔަސް مؤمن އަޅު ފިރިހެންމީހާ مشرك މިނިވަނަކަށްވުރެ މާރަނގަޅެވެ. އެހެނީ مشرك ފިރިހެންމީހާ މަގުދައްކާ ގޮވާހަދާނީ ނަރަކައިގެފަރާތަށެވެ. އަދި ﷲ دعوة ދެއްވާ މަގުދައްކަވާނީ ސުވަރުގެޔާ ފާފަފުއްސެވުމަށެވެ. އަދި ﷲ تعالى އެކަލާނގެ އާޔަތްތައް މީސްތަކުންނަށް بَيَان ކޮށްދެއްވަނީ އެމީހުން ހަނދާންކޮށް وعظ نصيحة ލިބިގަތުމަށެވެ.

Verse 222

وَيَسْـَٔلُونَكَ عَنِ ٱلْمَحِيضِ ۖ قُلْ هُوَ أَذًى فَٱعْتَزِلُوا۟ ٱلنِّسَآءَ فِى ٱلْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ ٱللَّهُ ۚ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلْمُتَطَهِّرِينَ

Transliteration wayasalūnaka ʿani l-maḥīḍi qul huwa adhan fa-iʿ'tazilū l-nisāa fī l-maḥīḍi walā taqrabūhunna ḥattā yaṭhur'na fa-idhā taṭahharna fatūhunna min ḥaythu amarakumu l-lahu inna l-laha yuḥibbu l-tawābīna wayuḥibbu l-mutaṭahirīna

Dhivehi އޭ رَسُول ﷲ އެވެ! حيض އާއިމެދު ކަލޭގެފާނުންގެ أصحاب ން ކަލޭގެފާނާ ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ހަޑިކަމެކެވެ. އުދަނގުލެކެވެ. ފަހެ އަންހެނުންގެ حيض ގެ ވަގުތު ކަލޭމެން އެކަނބަލުންނާ جماع ނުވާށެވެ! (ފޫޅާ ކަކުލާދެމެދު ފިޔަވައި އެހެނިހެން ތަންތާ ބީހިއުޅުން ހުއްދައެވެ.) އެއީ އެކަނބަލުން حيض ގެ ކަންތައް ނިމި طاهر ވެގަންނާންދެންނެވެ. ދެންފަހެ އެކަނބަލުން طاهر ވެގެންފިއްޔާ ކަލޭމެނަށް ﷲ އަމުރުކުރެއްވިފަދައަކުން އެކަނބަލުންގައި ބީހި އެކަނބަލުންނާ جماع ވާށެވެ! އެއީ ހުއްދަކަމެކެވެ. (ﷲ أمر ކުރެއްވިފަދައިންނޭ އޮތް ބަސްފުޅުން މުރާދުކުރެވެނީ އެކަނބަލުންގެ ކުރިމަތިފަރާތުގައި جماع ވުމާއި ފުރަގަސްފަރާތުގައި جماع ނުވުމެވެ. އަދި ކުރިމަތިފަރާތުގައިނަމަވެސް حيض ގެ ދުވަސްވަރު جماع ނުވުމެވެ.) ހަމަކަށަވަރުން ގިނަގިނައިން تَوبة ވާ މީހުންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި طاهر ވެގަންނަމީހުންނަށް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ.

Verse 223

نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُوا۟ حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا۟ لِأَنفُسِكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُم مُّلَـٰقُوهُ ۗ وَبَشِّرِ ٱلْمُؤْمِنِينَ

Transliteration nisāukum ḥarthun lakum fatū ḥarthakum annā shi'tum waqaddimū li-anfusikum wa-ittaqū l-laha wa-iʿ'lamū annakum mulāqūhu wabashiri l-mu'minīna

Dhivehi (އޭ مؤمن ފިރިހެނުންނޭވެ!) ކަލޭމެންގެ އަނބީންނަކީ ކަލޭމެންނަށްވާ ދަނޑުބިމެއްފަދަ އެއްޗެކެވެ. ކަލޭމެންގެ ދަރިން حَاصِل ވުމުގެ ދަނޑެވެ. ފަހެ ކަލޭމެން އެދޭފަދައަކުން ކަލޭމެންގެ ދަނޑު ލިބިގަންނާށެވެ! އަދި ކަލޭމެންގެ އަމިއްލަ نفس އަށް ހެޔޮކަންތައް އިސްކުރާށެވެ! އަދި ނުވަތަ ދަރިން ލިބުމަށްވެސް އެދޭށެވެ! އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އަދި ހަމަކަށަވަރުން ކަލޭމެންނަކީ އެކަލާނގެއާއި ބައްދަލުވާނޭ ބަޔަކުކަން ހަނދާންކުރާށެވެ! އަދި مؤمن ންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ!

Verse 224

وَلَا تَجْعَلُوا۟ ٱللَّهَ عُرْضَةً لِّأَيْمَـٰنِكُمْ أَن تَبَرُّوا۟ وَتَتَّقُوا۟ وَتُصْلِحُوا۟ بَيْنَ ٱلنَّاسِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ

Transliteration walā tajʿalū l-laha ʿur'ḍatan li-aymānikum an tabarrū watattaqū watuṣ'liḥū bayna l-nāsi wal-lahu samīʿun ʿalīmun

Dhivehi އަދި ކަލޭމެން ބަރީއަވެގަތުމަށާއި تقوى ވެރިނުވުމަށާއި އަދި މީސްތަކުންގެމެދުގައި ރަނގަޅުކޮށް إصلاح ނުކުރުމަށް ހުށަހެޅޭ ބާރެއްކަމުގައި ކަލޭމެން ﷲ ނުލާށެވެ! އެބަހީ ރަނގަޅުކަންތައް ނުކުރުމަށް ﷲ ގަންދީ ހުވައިނުކުރާށެވެ! އެފަދަ ހުވައެއްކޮށްފިއްޔާ ކައްފާރާދީފާ ހުވައިން ބަރީއަވެގަންނާށެވެ! އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 225

لَّا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَـٰنِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ ۗ وَٱللَّهُ غَفُورٌ حَلِيمٌ

Transliteration lā yuākhidhukumu l-lahu bil-laghwi fī aymānikum walākin yuākhidhukum bimā kasabat qulūbukum wal-lahu ghafūrun ḥalīmun

Dhivehi އަދި އެއްވެސް ގަސްދެއްނެތި لَغْوُ ގެ ގޮތުގައި ބޭކާރުގޮތުގައި ކަލޭމެންކުރާ ހުވަޔަކަށް ﷲ ކަލޭމެންނަށް عُقُوبَة ނުދެއްވައެވެ. އަދި އެހެންނަމަވެސް އެކަލާނގެ ކަލޭމެންނަށް عقوبة ދެއްވާ ހިއްޕަވަނީ ކަލޭމެންގެ ހިތްތަކުން ގަސްދުގައި ބުނާބުނުމަށެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ކުއްލިއަކަށް عقوبة ނުދެއްވާ ކޯފާ މަޑު ރަސްކަލާނގެއެވެ.

Verse 226

لِّلَّذِينَ يُؤْلُونَ مِن نِّسَآئِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ ۖ فَإِن فَآءُو فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

Transliteration lilladhīna yu'lūna min nisāihim tarabbuṣu arbaʿati ashhurin fa-in fāū fa-inna l-laha ghafūrun raḥīmun

Dhivehi އެބަޔަކު ތިމާމެންގެ އަނބީންގާތު ރޭނުކުރުމަށް ހުވައިކޮށްފިމީހުން ހަތަރުމަސްދުވަސްވާންދެން إنتظار ކުރާށެވެ! ދެންފަހެ އޭނާ އެކުރި ހުވައިން رُجُوع ވެ ކާވެނީގެމަތީ ދެމިހުރުމަށް އެދެންޏާ އަނބިމީހާއާއި جِمَاعُ ވުން ހުއްޓެވެ. އެކަމަކު ހުވައިގެ كَفَّارَة ދީފައެވެ. އެހެންނޫންނަމަ ވަރިކުރުންހުއްޓެވެ. (ދެން މިކަމާބެހޭ تفصيل حكم ތައް އެކަމުގެ ބާބުތަކުގައި حديث ފޮތްތަކާއި فقه ފޮތްތަކުގައި ލިޔެވިގެންވެއެވެ. މިއީ އަދި އެކަމުގެ تفصيل ފޮތެއްނޫނެވެ. والله أعلم) ފަހެ ހަމަކަށަވަރުން ﷲ تعالى އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 227

وَإِنْ عَزَمُوا۟ ٱلطَّلَـٰقَ فَإِنَّ ٱللَّهَ سَمِيعٌ عَلِيمٌ

Transliteration wa-in ʿazamū l-ṭalāqa fa-inna l-laha samīʿun ʿalīmun

Dhivehi އަދި އެމީހުން ވަރިކުރަން ގަސްތުކުރަންޏާ ވަރިކުރުން ހުއްޓެވެ. ފަހެ ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 228

وَٱلْمُطَلَّقَـٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَـٰثَةَ قُرُوٓءٍ ۚ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ ٱللَّهُ فِىٓ أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِى ذَٰلِكَ إِنْ أَرَادُوٓا۟ إِصْلَـٰحًا ۚ وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَٱللَّهُ عَزِيزٌ حَكِيمٌ

Transliteration wal-muṭalaqātu yatarabbaṣna bi-anfusihinna thalāthata qurūin walā yaḥillu lahunna an yaktum'na mā khalaqa l-lahu fī arḥāmihinna in kunna yu'minna bil-lahi wal-yawmi l-ākhiri wabuʿūlatuhunna aḥaqqu biraddihinna fī dhālika in arādū iṣ'lāḥan walahunna mith'lu alladhī ʿalayhinna bil-maʿrūfi walilrrijāli ʿalayhinna darajatun wal-lahu ʿazīzun ḥakīmun

Dhivehi އަދި ވަރިކުރެވިފައިވާ އަންހެނުން އެކަނބަލުން ތިން قُرُوءُ ވާނދެން عِدَّة ގައި އިންނާށެވެ! އެއީ ތިން حيض ނުވަތަ ތިން طُهُرُ އެވެ. އަދި އެވަގުތުގެތެރޭގައި އެކަނބަލުންގެ رَحِمُ ގެތެރޭގައި ﷲ ހައްދަވާފައިވާ އެއްޗެއް (ބަލިވެ އިންކަމަށްވަންޏާ ބަލިވެއިންކަން ނުވަތަ ނޫންކަން) މިއިން އެއްވެސްކަމެއް ވަންހަނާކުރުން އެކަނބަލުންނަށް حلال ވެގެން ނުވެއެވެ. އެކަނބަލުން ﷲ އަށާއި آخرة ދުވަހަށް އީމާންވަންޏާ އެފަދަ ކަންތައްތައް ވަންހަނާކުރުން ހުއްދަވެގެން ނުވެއެވެ. އަދި رُجُوعى ވަރިއެއްނަމަ އެކަނބަލުން އެވަރިކުރި ފިރިހެންމީހާ އަލުންވެސް އެއަންހެންމީހާއާއި رُجُوع ކުރުން حقّ ކަންބޮޑެވެ. އެއީ އެދެމީހުން إصلاح ކުރުމަށް އެދެންޏާއެވެ. އަދި عِدَّة ގައި އިންނަ އަންހެންމީހާއަށް خَرَد ކުރުމާއި އެކުއުޅުމުގެ ރަނގަޅުކަމުގެގޮތުން އެފަދަ އެފަދައަންހެނުންނަށް އޮތް حقّ އޮންނަންވާނެއެވެ. އަދި ފިރިހެނުންނަށްޓަކައި އެކަނބަލުންގެމައްޗަށް واجب ވެގެންވާ دَرَجَة އެއް ވެއެވެ. މާތްކަމެއްވެއެވެ. އެއީ ފިރިމީހާއަށް ވެރިކަން އޮތުމުގެ މާތްކަމެވެ. نِسَاء ސޫރަތުގައި بَيَان ވެގެންވާ الرِّجَال قَوَّامُوْنَ..... މިއާޔަތުގައިވާ މާތްކަމެވެ. އަދިވެސް އެތައްގޮތަކުންނެވެ. އަދި ﷲ އީ عِزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

Verse 229

ٱلطَّلَـٰقُ مَرَّتَانِ ۖ فَإِمْسَاكٌۢ بِمَعْرُوفٍ أَوْ تَسْرِيحٌۢ بِإِحْسَـٰنٍ ۗ وَلَا يَحِلُّ لَكُمْ أَن تَأْخُذُوا۟ مِمَّآ ءَاتَيْتُمُوهُنَّ شَيْـًٔا إِلَّآ أَن يَخَافَآ أَلَّا يُقِيمَا حُدُودَ ٱللَّهِ ۖ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا ٱفْتَدَتْ بِهِۦ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ

Transliteration al-ṭalāqu marratāni fa-im'sākun bimaʿrūfin aw tasrīḥun bi-iḥ'sānin walā yaḥillu lakum an takhudhū mimmā ātaytumūhunna shayan illā an yakhāfā allā yuqīmā ḥudūda l-lahi fa-in khif'tum allā yuqīmā ḥudūda l-lahi falā junāḥa ʿalayhimā fīmā if'tadat bihi til'ka ḥudūdu l-lahi falā taʿtadūhā waman yataʿadda ḥudūda l-lahi fa-ulāika humu l-ẓālimūna

Dhivehi رُجُوعى ވަރިން ވަރިކުރުންއޮތީ ދެފަހަރަށެވެ. ދެން އޭރުން އޮންނާނެގޮތަކީ عِدَّة ހަމަނުވަނިސް އަލުންވެސް رُجُوع ކޮށް އަންބެއްގެގޮތުގައި ހަމަޖައްސާ ރަނގަޅުކުރުމެވެ. އަނެއްގޮތަކީ عِدَّة ހަމަވީމާ جِمَاعُ ނުވެ إحْسَان ތެރިކަމާއެކު طُهْرُ ގެތެރޭގައި ވަރިކޮށް އެމީހާ ދޫކޮށްލުމެވެ. އަދި އެ އަންހެންމީހާއަށް ދީފައިވާ އެއްވެސް އެއްޗެއް އަނބުރާ އަތުލުން ފިރިހެނުންނަށް حلال ވެގެން ނުވެއެވެ. ނަމަވެސް އެއީ ދެމީހުންގެމެދުގައި ﷲ ގެ حدّ ތައް قَائم ކުރެވޭނެކަމާމެދު ބިރެއްނެތިއްޔާއެވެ. ﷲ ގެ حدّ ތައް قَائم ނުވުމަކީ ދެމީހުން އަރައިރުންވެ އެކަކު އަނެކަކުގެމައްޗަށް އަދާކުރުން لاَزِمُ ވާ حقّ އަދާނުކުރުމެވެ. ފަހެ ދެފަރާތުންވެސް އެފަދަ ކަންތަކާމެދު ބިރުވެތިވެއްޖެއްޔާ ފިރިމީހާ އަންހެންމީހާއަށް ދީފައިވާ ކާވެނީގެ ރަން އަނބުރާދީފައި ނުވަތަ އެއަށްވުރެ ގިނަ އެއްޗެއް އަނބިމީހާ ދީފައިނަމަވެސް ވަރިވެގަތުން ހުއްދައެވެ. އެއީ خُلْعُ ވަރިއެވެ. އެއީ އަންހެންމީހާ ވަކިވެގަންނަންދޭ فِدْيَة އެކެވެ. މި بيان ވެދިޔައީ ﷲ ގެ حَدّ ތަކެވެ. ފަހެ އެ حَدّ ތައް ފަހަނަޅައި ކަލޭމެން ނުދާށެވެ! އަދި ﷲ ގެ حَدّ ތައް ފަހަނަޅައިގެންދާމީހުން ދަންނައެވެ! ކަނޑައެޅިގެން އެއީ އަނިޔާވެރިންނެވެ.

Verse 230

فَإِن طَلَّقَهَا فَلَا تَحِلُّ لَهُۥ مِنۢ بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُۥ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَآ أَن يَتَرَاجَعَآ إِن ظَنَّآ أَن يُقِيمَا حُدُودَ ٱللَّهِ ۗ وَتِلْكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ

Transliteration fa-in ṭallaqahā falā taḥillu lahu min baʿdu ḥattā tankiḥa zawjan ghayrahu fa-in ṭallaqahā falā junāḥa ʿalayhimā an yatarājaʿā in ẓannā an yuqīmā ḥudūda l-lahi watil'ka ḥudūdu l-lahi yubayyinuhā liqawmin yaʿlamūna

Dhivehi ދެންފަހެ ތިންވަނަފަހަރަށް ވަރިކޮށްފިއްޔާ އެއަންހެންމީހާގެ عِدَّة ހަމަކުރުމަށްފަހު އެހެން ފިރިހެނަކާއި އިނދެ جِمَاع ވެ އެމީހާގާތުން ވަރިވެ ވަރީގެ عِدَّة ހަމަކުރުމަށްފަހުގައިމެނުވީ ކުރީ އިނދެވަރިކުރި ފިރިހެންމީހާއަށް އެއަންހެންމީހާ حلال ނުވާނެއެވެ. މިވާހަކައަކީ ފަށްކެނޑުމެވެ. ދެން މެދުފިރިމީހާ ވަރިކުރުމަށްފަހު އަލުންވެސް ﷲ ގެ حَدُّ ތައް قائم ކުރެވޭނެކަމަށް ދެމީހުންނަށް ހީވަންޏާ ދެމީހުން އައު ކާވެންޏެއްކޮށް ދެމީހުން އެކުވުން ހުއްދައެވެ. މި بَيَان ވެދިޔައީ ﷲ ކަނޑައަޅުއްވާފައިވާ حَدّ ތަކެވެ. އެކަލާނގެ އެ حَدّ ތައް بَيَان ކޮށްދެއްވަނީ ތަންދޮރު ދަންނަ ބަޔަކަށެވެ.

Verse 231

وَإِذَا طَلَّقْتُمُ ٱلنِّسَآءَ فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍ ۚ وَلَا تُمْسِكُوهُنَّ ضِرَارًا لِّتَعْتَدُوا۟ ۚ وَمَن يَفْعَلْ ذَٰلِكَ فَقَدْ ظَلَمَ نَفْسَهُۥ ۚ وَلَا تَتَّخِذُوٓا۟ ءَايَـٰتِ ٱللَّهِ هُزُوًا ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ وَمَآ أَنزَلَ عَلَيْكُم مِّنَ ٱلْكِتَـٰبِ وَٱلْحِكْمَةِ يَعِظُكُم بِهِۦ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ

Transliteration wa-idhā ṭallaqtumu l-nisāa fabalaghna ajalahunna fa-amsikūhunna bimaʿrūfin aw sarriḥūhunna bimaʿrūfin walā tum'sikūhunna ḍirāran litaʿtadū waman yafʿal dhālika faqad ẓalama nafsahu walā tattakhidhū āyāti l-lahi huzuwan wa-udh'kurū niʿ'mata l-lahi ʿalaykum wamā anzala ʿalaykum mina l-kitābi wal-ḥik'mati yaʿiẓukum bihi wa-ittaqū l-laha wa-iʿ'lamū anna l-laha bikulli shayin ʿalīmun

Dhivehi އަދި ކަލޭމެން އަނބީން ވަރިކޮށް އެކަނބަލުންގެ عِدَّة ހަމަވާން ގާތްވީމާ އެއްގޮތަކީ ރަނގަޅުގޮތުގައި އެކަނބަލުން ހިފެހެއްޓުމެވެ. رُجُوع ކޮށް އަލުންވެސް އަނތްބެއްގެ مقام ގައި ބޭންދުމެވެ. މިހެންވާނީ رُجُعِى ވަރީގައެވެ. އަނެއްގޮތަކީ ރަނގަޅުގޮތުގައި ވަރިކޮށް ދޫކޮށްލުމެވެ. ރަނގަޅުގޮތެކޭ މިބުނީ އޭނާޔާ جماع ނުވެ طُهر ގައި ވަރިކުރުމެވެ. އަދި އަންހެންމީހާއަށް އުނދަގޫކުރުމުގެ ގޮތުން ކަލޭމެން އެކަނބަލުން ނުހިފައްޓާށެވެ! އުނދަގޫ ކުރުމޭ މިބުނީ عِدّة ހަމަވާން ގާތްވީމާ ކާވެނި رُجُوع ކޮށްފާ އަލުންވެސް ވަރިކުރުމެވެ. އޭރުން އަލުންވެސް އަންހެންމީހާ ޖެހޭނީ އަލުން ފަށައިގެން عدد ހަމަކުރާށެވެ! ފަހެ އެފަދަ ގޮތަށް ކަންތައް ކުރާ ފިރިހެނުންނަކީ އޭނާ އޭނާގެ نفس އަށް އަނިޔާވެރިވީ މީހެކެވެ. އަދި ﷲ ގެ އާޔަތްތަކާއި އެކަލާނގެ حكم ތައް ކުޅޭކުޅޭ ބޭކާރު އެއްޗަކަށް ކަލޭމެން ނުހަދާށެވެ! ކަލޭމެންނަށް ﷲ ދެއްވާފައިވާ نعمة ކަލޭމެން ހަނދާންކުރާށެވެ! އޭގެ އެންމެބޮޑު نعمة އަކީ إسلام دين އަށް ތެދުމަގު ދެއްކެވުމެވެ. އަދި ކީރިތި قرآن އާއި މާތްވެގެންވާ سُنَّة ކަލޭމެން ހަނދާންކުރާށެވެ! އެކަލާނގެ އެފޮތާއިމެދު ކަލޭމެންނަށް وعظ نصيحة ދެއްވާ ބިރުގަންނަވައެވެ. އަދި ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ! އަދި ﷲ އީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ!

Verse 232

وَإِذَا طَلَّقْتُمُ ٱلنِّسَآءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَٰجَهُنَّ إِذَا تَرَٰضَوْا۟ بَيْنَهُم بِٱلْمَعْرُوفِ ۗ ذَٰلِكَ يُوعَظُ بِهِۦ مَن كَانَ مِنكُمْ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۗ ذَٰلِكُمْ أَزْكَىٰ لَكُمْ وَأَطْهَرُ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

Transliteration wa-idhā ṭallaqtumu l-nisāa fabalaghna ajalahunna falā taʿḍulūhunna an yankiḥ'na azwājahunna idhā tarāḍaw baynahum bil-maʿrūfi dhālika yūʿaẓu bihi man kāna minkum yu'minu bil-lahi wal-yawmi l-ākhiri dhālikum azkā lakum wa-aṭharu wal-lahu yaʿlamu wa-antum lā taʿlamūna

Dhivehi އަދި ކަލޭމެން ކަލޭމެންގެ އަނބީން ވަރިކޮށް އެކަނބަލުންގެ عِدّة ހަމަވުމަށްފަހު އަލުންވެސް އެދެމީހުން އިންނަން قَصْدُ ކުރަންޏާ ކަލޭމެން وَلِى ވެރިން އެމީހުންނާ އެކަނބަލުން އިނުން މަނާ ނުކުރާށެވެ! އެމީހުންގެމެދުގައި ރުހި قبول ވެ ހަމަޖެހިގެންވަންޏާ އެއްގޮތަކަށްވެސް އެކަން މަނާ ނުކުރާށެވެ! ﷲ އަށާއި آخرة ދުވަހަށް އީމާންވާކަމުގައިވާމީހާ އެފަދަ ކަންތައް ނުކުޅައުމަށް ﷲ وعظ އާއި نصيحة ދެއްވަނީއެވެ. އެގޮތް ކަލޭމެންނަށް ރަނގަޅުވެފައި އަދި طَاهِر ކަންބޮޑެވެ. އަދި ﷲ ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންނަކަށް ނޭނގެއެވެ.

Verse 233

۞ وَٱلْوَٰلِدَٰتُ يُرْضِعْنَ أَوْلَـٰدَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ۚ وَعَلَى ٱلْمَوْلُودِ لَهُۥ رِزْقُهُنَّ وَكِسْوَتُهُنَّ بِٱلْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَآرَّ وَٰلِدَةٌۢ بِوَلَدِهَا وَلَا مَوْلُودٌ لَّهُۥ بِوَلَدِهِۦ ۚ وَعَلَى ٱلْوَارِثِ مِثْلُ ذَٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَن تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوٓا۟ أَوْلَـٰدَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّآ ءَاتَيْتُم بِٱلْمَعْرُوفِ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ

Transliteration wal-wālidātu yur'ḍiʿ'na awlādahunna ḥawlayni kāmilayni liman arāda an yutimma l-raḍāʿata waʿalā l-mawlūdi lahu riz'quhunna wakis'watuhunna bil-maʿrūfi lā tukallafu nafsun illā wus'ʿahā lā tuḍārra wālidatun biwaladihā walā mawlūdun lahu biwaladihi waʿalā l-wārithi mith'lu dhālika fa-in arādā fiṣālan ʿan tarāḍin min'humā watashāwurin falā junāḥa ʿalayhimā wa-in aradttum an tastarḍiʿū awlādakum falā junāḥa ʿalaykum idhā sallamtum mā ātaytum bil-maʿrūfi wa-ittaqū l-laha wa-iʿ'lamū anna l-laha bimā taʿmalūna baṣīrun

Dhivehi އަދި ދަރިންނަށް ފުރިހަމަކޮށް ކިރުދިނުމަށް އެދޭ މީހަކުވިއްޔާ އެކުދިންގެ މައިން އެކުދިންނަށް ފުރިހަމަ ދެއަހަރުވާންދެން ކިރުދޭށެވެ! އަދި އެދުވަސްވަރު އެއަންހެންމީހާއަށް ކާންދިނުމާ ހެދުންދިނުން ދަރިފުޅުގެ ބައްޕަގެމައްޗަށް ވާޖިބުވެގެންވެއެވެ. މިއީ މަންމަ ވަރިކޮށްފައިވާނަމައެވެ. މިބުނާ خرد ކުރުން އޮންނާނީ އެފެންވަރުގެ އަންހެނުންނަށް ކުރާ ފެންވަރަށެވެ. އަދި އެއްވެސް نفس އަކަށް އޭނާއަށް ނުއުފުލޭވަރުގެ ބުރައެއް ނުޖައްސަވައެވެ. އެބަހީ خرد ދިނުމުގައި ފިރިހެންމީހާއީ ނުފޯރާ މީހަކު ނަމަ އެމީހަކަށް ފޯރާވަރަށެވެ. އަންހެންމީހާއަށްވެސް ކެތްތެރިވެވޭނީ އޭނާއަށް ވާވަރަށެވެ. އެއްވެސް މަޔަކަށް އޭނާގެ ދަރިފުޅުގެ ސަބަބުން އުނދަގޫ ނުލިބޭ ހުށިކަމެވެ. އެބަހީ ދަރިފުޅުގެ މަންމަ ދަރިފުޅަށް ކިރުދީ ބަލަންއިންދާ އޭނާ ބަލަން ނުދީ އެހެންމީހަކަށް ދަރިފުޅަށް ކިރުދިނުމަށާ ބެލުމަށް ދިނުމެވެ. އޭރުން މަންމައަށް ވަރަށް ހިތްދަތިވާނެއެވެ. އަދި ބައްޕައަށް ދަރިފުޅު ބެލެން ނެތުމާއެކު ދަރިފުޅު ބައްޕަ ބޮލަށް ޖަހާފައި މަންމަ ދިއުމެވެ. މިދެގޮތްވެސް އެވަނީ ނަހީވެވިގެންނެވެ. އެގޮތުން ބައްޕައަށް ދަތިވާނެއެވެ. އަދި ބައްޕަ ދުނިޔޭގައި ނެތްނަމަ ދަރިފުޅުގެ ވާރުތަވެރިން ބައްޕަގެ مقام އަށް އަންނާނެއެވެ. ބައްޕައަށް އޮތް حكم އެ ولى ވެރިޔާއަށް އޮންނާނެއެވެ. އަދި ބައްޕައާއި މަންމައާއި ދެފަރާތް ރުހެވި مشورة ކުރެވިގެން ދަރިފުޅަށް ކިރުދިނުން ހުއްޓާލުމަށް ދެމީހުން قصد ކޮށްފިއްޔާވެސް ހަމަ ރަނގަޅެވެ. އެދެމީހުންގެމައްޗަށް ކުށެއްނެތެވެ. އަދި މަންމަ ފިޔަވައި އެހެންމީހަކު ލައްވައި ދަރިފުޅަށް ކިރުދޭން قَصْدُ ކުރާނަމަވެސް ހަމަ ރަނގަޅެވެ. އެކަމަކު އެފަދަ ކިރުމައިންނަށް ދޭވަރުގެ އުޖޫރަ ރަނގަޅުގޮތުގައި ދެންޏާއެވެ. އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ހަމަކަށަވަރުން ކަލޭމެން ކުރާ ކަންތައްތަކަށް ﷲ ބައްލަވާވޮޑިގެންވާކަން ކަލޭމެން ދަންނާށެވެ!

Verse 234

وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَٰجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا ۖ فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِىٓ أَنفُسِهِنَّ بِٱلْمَعْرُوفِ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ

Transliteration wa-alladhīna yutawaffawna minkum wayadharūna azwājan yatarabbaṣna bi-anfusihinna arbaʿata ashhurin waʿashran fa-idhā balaghna ajalahunna falā junāḥa ʿalaykum fīmā faʿalna fī anfusihinna bil-maʿrūfi wal-lahu bimā taʿmalūna khabīrun

Dhivehi އަދި ކަލޭމެންގެތެރެއިން ފިރިމަރުވެފައި ދުނިޔޭގައިތިބި އެމީހުންގެ އަނބީން އެމީހުންގެ ފިރިން މަރުވިދުވަހުން ފެށިގެން ހަތަރުހަމާއި ދިހަދުވަސް عِدّة ގައި ތިބޭށެވެ! އެއީ ފިރިމަރުވިމީހާގެ عِدّة އެވެ. އެދުވަސްވަރު އެމީހުން ޒީނަތްތެރިވެވޭކަންތައްތައްކުރުން މަނާވެގެންވެއެވެ. ރީތި ފޭރަންލުމާއި ސެންޓްޖެހުމާއި އަނދުންއެޅުމާއި އަދި މިނޫންވެސް ރީތިވެ ޗާލޫ އެއްވެސްކަމެއްކުރުން ހުއްދައެއް ނޫނެވެ. ދެންފަހެ އެކަނބަލުންގެ އެ مُدّة ހަމަވުމުން އެކަނބަލުން ޒީނަތްތެރިވެ ރީތިވުމުގެގޮތުން ރަނގަޅުގޮތުގައި ކުރާ ކަންތަކަކީ ކަލޭމެން އެކަނބަލުންނާ مَسْؤل ވެގެންވާމީހުންގެމައްޗަށް ކުށެއް އޮތްކަމެއްނޫނެވެ. އަދި ﷲ އީ ކަލޭމެން ކުރާކަންތައްތަކުގެ خبر ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 235

وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُم بِهِۦ مِنْ خِطْبَةِ ٱلنِّسَآءِ أَوْ أَكْنَنتُمْ فِىٓ أَنفُسِكُمْ ۚ عَلِمَ ٱللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ وَلَـٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّآ أَن تَقُولُوا۟ قَوْلًا مَّعْرُوفًا ۚ وَلَا تَعْزِمُوا۟ عُقْدَةَ ٱلنِّكَاحِ حَتَّىٰ يَبْلُغَ ٱلْكِتَـٰبُ أَجَلَهُۥ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِىٓ أَنفُسِكُمْ فَٱحْذَرُوهُ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ حَلِيمٌ

Transliteration walā junāḥa ʿalaykum fīmā ʿarraḍtum bihi min khiṭ'bati l-nisāi aw aknantum fī anfusikum ʿalima l-lahu annakum satadhkurūnahunna walākin lā tuwāʿidūhunna sirran illā an taqūlū qawlan maʿrūfan walā taʿzimū ʿuq'data l-nikāḥi ḥattā yablugha l-kitābu ajalahu wa-iʿ'lamū anna l-laha yaʿlamu mā fī anfusikum fa-iḥ'dharūhu wa-iʿ'lamū anna l-laha ghafūrun ḥalīmun

Dhivehi އަދި ފިރިމަރުވެ عِدّة ހަމަކުރުމަށްތިބޭ އަންހެނުންނާއި އިނުމާއި ބެހޭގޮތުން ކަލޭމެން ހުށަހަޅާ ނުސީދާ ހުށަހެޅުންތަކަކީ ކަލޭމެންގެމައްޗަށް ކުށެއްއޮތްކަމެއްނޫނެވެ. ނުވަތަ އެކަމުގެ خيال ވަންހަނާކޮށްފައި ބޭއްވުމަކީވެސް ކުށެއްއޮތް ކަމެއްނޫނެވެ. ކަލޭމެންގެ ހިތްތަކުގައި އެކަނބަލުންމަތިން ހަނދާންކުރާނެކަން ﷲ ދެނެވޮޑިގެންވެއެވެ. އެހެންނަމަވެސް އެކަނބަލުންނާ ސިއްރެއްގެމައްޗަށް وعد ނުކުރުން ހުއްޓެވެ. އެބަހީ فاَحِش ކަމެއްކުރުމަށް وعد ނުކުރާށެވެ! ހަމައެކަނި ރަނގަޅު ބަހެއް ބުނުންމެނުވީއެވެ. އިންނަން އެދޭކަހަލަ ބަހެއް ބުނުން - މިސާލަކަށް - ހާދަރީއްޗޭ - އެކުއުޅުމަށް ހާދަ ރަނގަޅުވާނެއޭ މިފަދަމިފަދަ ބަހެއް ބުނުން މައްސަލައެއްނެތެވެ. އަދި عِدَّة ހަމަވެ ނުނިމެނިސް ކާވެނި عَقْد ކުރުމަށް عَزْم ކުރުންހުއްދައެއްނޫނެވެ. އަދި ކަލޭމެންގެ نفس ތަކުގައިވާ ކަންތައްތައް ﷲ ދެނެވޮޑިގެންވާކަން ކަލޭމެން ދަންނާށެވެ! އެހެންވެ ކަލޭމެން އެކަލާނގެއަށް ބިރުވެތިވާށެވެ! އަދި ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، ކޯފާމަޑުވެގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ!

Verse 236

لَّا جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ ٱلنِّسَآءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا۟ لَهُنَّ فَرِيضَةً ۚ وَمَتِّعُوهُنَّ عَلَى ٱلْمُوسِعِ قَدَرُهُۥ وَعَلَى ٱلْمُقْتِرِ قَدَرُهُۥ مَتَـٰعًۢا بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُحْسِنِينَ

Transliteration lā junāḥa ʿalaykum in ṭallaqtumu l-nisāa mā lam tamassūhunna aw tafriḍū lahunna farīḍatan wamattiʿūhunna ʿalā l-mūsiʿi qadaruhu waʿalā l-muq'tiri qadaruhu matāʿan bil-maʿrūfi ḥaqqan ʿalā l-muḥ'sinīna

Dhivehi ކަލޭމެން މީހުންނާ އިނދެފައި އެކަނބަލުންނާ جِمَاع ނުވެ އެކަނބަލުން ވަރިކުރުމަކީވެސް ކަލޭމެންގެމައްޗަށް ކުށެއްއޮތްކަމެއްނޫނެވެ. ނުވަތަ ކާވެނި ރަނެއް ރަނގަޅަށް ކަނޑައަޅާ ނުނިންމާ އޮތްނަމަ އެކަނބަލުންނަށް ބޭނުންކޮށްލެވޭކަހަލަ ކޮންމެވެސް އެއްޗެއް އެކަނބަލުންނަށް ދޭށެވެ! އެކަން އޮންނާނީ އަތްމަތިތަނަވަސްމީހާނަމަ އޭނާގެ މިންވަރަށެވެ. އަދި އަތްމަތި ދަތިމީހެއްނަމަ އޭނާގެ މިންވަރަށެވެ. އެއީ إحسان ތެރި ރަނގަޅުމީހުންނަށް އޮތް حقّ އެއްގެގޮތުންނެވެ. މި حكم އަކީ فرض އެއްނޫނެވެ. އެދެވޭކަމެއްގެގޮތުގައެވެ.

Verse 237

وَإِن طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةً فَنِصْفُ مَا فَرَضْتُمْ إِلَّآ أَن يَعْفُونَ أَوْ يَعْفُوَا۟ ٱلَّذِى بِيَدِهِۦ عُقْدَةُ ٱلنِّكَاحِ ۚ وَأَن تَعْفُوٓا۟ أَقْرَبُ لِلتَّقْوَىٰ ۚ وَلَا تَنسَوُا۟ ٱلْفَضْلَ بَيْنَكُمْ ۚ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ

Transliteration wa-in ṭallaqtumūhunna min qabli an tamassūhunna waqad faraḍtum lahunna farīḍatan faniṣ'fu mā faraḍtum illā an yaʿfūna aw yaʿfuwā alladhī biyadihi ʿuq'datu l-nikāḥi wa-an taʿfū aqrabu lilttaqwā walā tansawū l-faḍla baynakum inna l-laha bimā taʿmalūna baṣīrun

Dhivehi އޭ ފިރިހެނުންނޭވެ! ކަލޭމެން މީހުންނާ އިނދެފާ އެކަނބަލުންނާ جِمَاع ވުމުގެކުރިން. އެކަނބަލުންނަށް ރަން ކަނޑައެޅިފައިވާ حال އެކަނބަލުން ވަރިކޮށްފިއްޔާ ދެން ކާވެނި ރަނުގެ ދެބައިކުޅައެއްބައި އެކަނބަލުންނަށް ދޭށެވެ! އެއީ އެކަނބަލުން ދެންއޮތްބައިވެސް މާފުނުކުރިއްޔާއެވެ. ނުވަތަ ކާވެނީގެ ގޮށް އެމީހާގެ އަތުގައިވާމީހާ އެބަހީ ފިރިމީހާ معاف ކުރިއްޔާމެނުވީއެވެ. އޭރުން ވާނެގޮތަކީ ފިރިމީހާ ކާވެނިރަން އެކަށް އެއަންހެންމީހާއަށް ދޭނީއެވެ. އެކަމަކު އޭގެ އެއްބައިދިނުމުގެ حقّ ކަން قرآن ން މިވަނީ އޭނާޔަށް ދީފައެވެ. އަދި ކަލޭމެން ކަންކަމުގައި عفو ކުރުން تقوى ވެރިކަމާ ގާތްކަންބޮޑެވެ. އެގޮތް ރަނގަޅެވެ. އަދި ކަލޭމެންގެމެދުގައިވާ މާތްކަމާއި فَضْلُ ވެރިކަން ކަލޭމެން ހަނދާންނައްތައިނުލާށެވެ! ހަމަކަށަވަރުން ކަލޭމެން ކުރާ ކަންތައްތައް ﷲ ދެކެވޮޑިގެންވެއެވެ.

Verse 238

حَـٰفِظُوا۟ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلْوُسْطَىٰ وَقُومُوا۟ لِلَّهِ قَـٰنِتِينَ

Transliteration ḥāfiẓū ʿalā l-ṣalawāti wal-ṣalati l-wus'ṭā waqūmū lillahi qānitīna

Dhivehi ކަލޭމެން ނަމާދުތަކުގެމައްޗަށް ރައްކާތެރިވާށެވެ! އަދި މެދުނަމާދަށް ރައްކާތެރިވާށެވެ! އަދި ކަލޭމެން ކަނޑައެޅިގެން ﷲ އަށް ކިޔަމަންތެރިވާށެވެ! ނަމާދުގައި ކިޔަމަންތެރިވާށެވެ! • ދަންނައެވެ! މެދުނަމާދަކީ ކޮންނަމާދެއްކަމާމެދު إختلاف ވުމާއެކުވެސް ގިނަބޭކަލުން ދެކެލައްވާގޮތުގައި އެއީ عَصْر ނަމާދެވެ. ދަލީލުގެގޮތުން ގަދަކަމެވެ. والله أعلم.

Verse 239

فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا ۖ فَإِذَآ أَمِنتُمْ فَٱذْكُرُوا۟ ٱللَّهَ كَمَا عَلَّمَكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ

Transliteration fa-in khif'tum farijālan aw ruk'bānan fa-idhā amintum fa-udh'kurū l-laha kamā ʿallamakum mā lam takūnū taʿlamūna

Dhivehi ފަހެ ކަލޭމެން عَدُوُّ ންގެ ފަރާތުން ބިރުވެތިވެގެން قواعد ން ނަމާދަށް ނުތިބެވިއްޖެއްޔާ ފައިން ހިނގައިފާދާއިރުގައްޔާއި އަދި ސަވާރުވެގެންވާ حال ވެސް ނަމާދުކުރާށެވެ! އެމީހަކަށް ކުރިމަތިލެވުނު ދިމާއަކަށް އެމީހަކު ކުރިމަތިލައިގެން އިޝާރާތްކުރަމުންނެވެ. ދެން عَدُوُّ ންގެ ކިބައިން އަމާންވެގެންވަންޏާ ހަމަ قواعد ން ނަމާދުތައް ފުރިހަމަކޮށް ﷲ އަށް އަދާކުރާށެވެ! ކަލޭމެންނަށް މީގެކުރީގައި އެނގިގެން ނުވާ ކަންތައް އެކަލާނގެ ކަލޭމެނަށް އުގަންނަވައިދެއްވިކަމަށްޓަކައި އެކަލާނގެއަށް شكر ކުރާށެވެ! * އޭ މާތްވެގެންވާ مُسْلِمُ ންނޭވެ! إسلام دين ގައި فرض ފަސްނަމާދަށް ދެއްވާފައިވާ أهميّة ކަން މިއާޔަތުން އެކަނިވެސް ހާމަވެއެވެ. ވީމާ فرض ނަމާދެއް ދޫނުކޮށް އަދާކުރުމަށް ހިތްވަރުކުރައްވާށެވެ!

Verse 240

وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَٰجًا وَصِيَّةً لِّأَزْوَٰجِهِم مَّتَـٰعًا إِلَى ٱلْحَوْلِ غَيْرَ إِخْرَاجٍ ۚ فَإِنْ خَرَجْنَ فَلَا جُنَاحَ عَلَيْكُمْ فِى مَا فَعَلْنَ فِىٓ أَنفُسِهِنَّ مِن مَّعْرُوفٍ ۗ وَٱللَّهُ عَزِيزٌ حَكِيمٌ

Transliteration wa-alladhīna yutawaffawna minkum wayadharūna azwājan waṣiyyatan li-azwājihim matāʿan ilā l-ḥawli ghayra ikh'rājin fa-in kharajna falā junāḥa ʿalaykum fī mā faʿalna fī anfusihinna min maʿrūfin wal-lahu ʿazīzun ḥakīmun

Dhivehi އޭ ފިރިހެނުންނޭވެ! ކަލޭމެންގެތެރެއިން އަނބީން ދޫކޮށްފައި މަރުވެގެންދާމީހުން އެމީހުން މަރުވުމުގެ ކުރިން އެމީހުންގެ އަނބީން އެއްއަހަރުވާންދެން މައްޔިތާގެ މުދަލުން نَفَقَة ދިނުމަށާއި އަދި މަރުވި ފިރިހެންމީހާގެ ގެއިން ނުނެރުމަށް وَصِيّة ކުރުންހުއްޓެވެ. ދެން އެކަނބަލުން އަމިއްލައަށް ނުކުމެގެންފިނަމަ، އަދި އެކަނބަލުން އަމިއްލަ نفس އަށް އެކުރާ ކަންތައްތަކާއިމެދު ޒީނަތްތެރިވުމާ ސެންޓްޖެހުމާ އަނދުންއެޅުމާ މިބާވަތުގެ ކަންކަމާމެދު ކަލޭމެން مَسْؤل ވެރިންގެ މައްޗަށް ކުށެއްނެތެވެ. ފާފައެއްނެތެވެ. އަދި ﷲ އީ އެކަލާނގެ އަމުރުފުޅާ خلاف ވާމީހުންނާމެދު ބަދަލުހިތްޕެވުމުގައި ގަދަފަދަވަންތަވެވޮޑިގެންވާ އަދި އެކަލާނގެ އަޅުތަކުންގެމެދުގައި حكمة ތެރިކަމާއެކު ކަންތައްތައް ހިންގަވާ ކަލާނގެއެވެ.

Verse 241

وَلِلْمُطَلَّقَـٰتِ مَتَـٰعٌۢ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ

Transliteration walil'muṭallaqāti matāʿun bil-maʿrūfi ḥaqqan ʿalā l-mutaqīna

Dhivehi އަދި ވަރިވެވިފައިވާ އަންހެނުންނަށް ރަނގަޅުގޮތުގައި مُتْعَةُ ދިނުމީ ފޭރާމާއި نَفَقَة ދިނުމީ تقوى ވެރިންނަށްވާ حقّ އެކެވެ. (ދަންނައެވެ! މިއާޔަތުގައި މިވަނީ އަނބިމީހާއާއި جِمَاعُ ވުމަށްފަހު ވަރިކުރެވުނުމީހާގެ ވާހަކައެވެ.)

Verse 242

كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَعْقِلُونَ

Transliteration kadhālika yubayyinu l-lahu lakum āyātihi laʿallakum taʿqilūna

Dhivehi ﷲ تعالى އަންހެނުންނާބެހޭ މި حكم ތައް بَيَان ކޮށްދެއްވިފަދައިން އެކަލާނގެ އާޔަތްތައް ކަލޭމެންނަށް بَيَان ކޮށްދެއްވަނީ ކަލޭމެން ވިސްނާ فكر ކޮށް ހެދުމަށްޓަކައެވެ.

Verse 243

۞ أَلَمْ تَرَ إِلَى ٱلَّذِينَ خَرَجُوا۟ مِن دِيَـٰرِهِمْ وَهُمْ أُلُوفٌ حَذَرَ ٱلْمَوْتِ فَقَالَ لَهُمُ ٱللَّهُ مُوتُوا۟ ثُمَّ أَحْيَـٰهُمْ ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ

Transliteration alam tara ilā alladhīna kharajū min diyārihim wahum ulūfun ḥadhara l-mawti faqāla lahumu l-lahu mūtū thumma aḥyāhum inna l-laha ladhū faḍlin ʿalā l-nāsi walākinna akthara l-nāsi lā yashkurūna

Dhivehi އޭ رسول ﷲ އެވެ! އެމީހުންގެ ގޮވަތިގެދޮރުން ނުކުމެގެން ދިޔަމީހުންގެ خبر ކަލޭގެފާނަށް އެނގިވަޑައިގެން ފައިވޭތޯއެވެ؟ އެމީހުންނަކީ بَنِي إسْرَائيل ގެބަޔަކުކަމުގައިވިއެވެ. އެއީ އެތައްހާސް ބައެކެވެ. އެމީހުން ދިޔައީ طَاعُون އެވެކިޔާ ބަލި އެބަހީ ކޮލެރާގެ ވަބާ ރަށަށްޖެހުމުން މަރުވެދާނެތީ މަރަށްބިރުންނެވެ. ނުވަތަ جِهَاد އަށް ދިއުމުން މަރުވެދާނެތީ އެކަމަށް ފިލާށެވެ. ބޮޑަށް ވައްތަރީ جِهَاد ކުރުމަށް ފިލަންދިއުމާއެވެ. އެއީ ފަހުން މިއަންނަ އާޔަތްތައް دليل ކުރާގޮތެވެ. والله أعلم.\nދެންފަހެ ﷲ تعالى އެމީހުންނަށް މަރުވުން ނިޔާކުރައްވައި އެމީހުން މަރުއްވައިފިއެވެ. ދެން އަލުންވެސް އެމީހުން ދިރުއްވައިފިއެވެ. އެއީ نبي ބޭކަލެއްގެ އެދިވަޑައިގަތުމުގެމަތިންނެވެ. ހަމަކަށަވަރުން ﷲ تعالى އީ މީސްތަކުންގެމައްޗަށް ނުހަނު އޯގާވަންތަކަމުގެވެރި ކަލާނގެއެވެ. އަދި އެކަމަކު ގިނަމީހުން شكر ނުކުރެއެވެ. • މިވާހަކަ މިތާ ބަޔާންކުރެއްވުމުގެ مقصد އެއްކަމުގައި ބައެއް عَالم ން ފާހަގަކުރައްވަނީ: ﷲ ގެ މަގުގައި جهاد ކުރުމަށް ބިރުނުގަތުމަށެވެ. ކޮންމެގޮތަކުންނަމަވެސް މަރުއްވުމާއި ދިރުއްވުމުގެ ބާރުވަނީ ހަމައެކަނި ﷲ ގެ އަތްޕުޅުގައެވެ. މަރުގެ ވަގުތުޖެހުމުން ކޮންމެތާކުތިއްބަސް މަރުވާނެއެވެ. ވީއިރު ﷲ ގެމަގުގައި جهاد ކުރުމުގެތެރޭގައި މަރުވުން ބުއްދިވެރިކަން މާބޮޑުކަމުގައެވެ. ﷲ ގެމަގުގައި جهاد ކުރުމުގެ ތެރޭގައި شهيد ވީމީހަކަށް ކައްވަޅުގެ عَذَاب އެއްވެސް ނޯވެއެވެ. އަދި آخرة ދުވަހުން އެމީހުންނަށްހުރި نعمة ގެކޮޅެއްނެތެވެ.

Verse 244

وَقَـٰتِلُوا۟ فِى سَبِيلِ ٱللَّهِ وَٱعْلَمُوٓا۟ أَنَّ ٱللَّهَ سَمِيعٌ عَلِيمٌ

Transliteration waqātilū fī sabīli l-lahi wa-iʿ'lamū anna l-laha samīʿun ʿalīmun

Dhivehi އޭ މީސްތަކުންނޭވެ! ﷲ ގެމަގުގައި ކަލޭމެން ހަނގުރާމަ ކުރާށެވެ! އަދި ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ އަދި ދެނެވޮޑިގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ!

Verse 245

مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًا فَيُضَـٰعِفَهُۥ لَهُۥٓ أَضْعَافًا كَثِيرَةً ۚ وَٱللَّهُ يَقْبِضُ وَيَبْصُۜطُ وَإِلَيْهِ تُرْجَعُونَ

Transliteration man dhā alladhī yuq'riḍu l-laha qarḍan ḥasanan fayuḍāʿifahu lahu aḍʿāfan kathīratan wal-lahu yaqbiḍu wayabṣuṭu wa-ilayhi tur'jaʿūna

Dhivehi ﷲ އަށް ރަނގަޅު ދަރަންޏެއްދޭނީ ކާކުހެއްޔެވެ؟ ﷲ އަށް ދަރަނިދިނުމުގައި ހަށިގަނޑާއި މުދާވެއެވެ. ﷲ ގެމަގުގައި ތިމާގެ ހަށިގަނޑު ދޫކޮށްލުމާއި އަދި ތިމާގެ މުދާ ﷲ ގެމަގުގައި ހޭދަކުރުން ހިމެނެއެވެ. ދެން އެކަލާނގެ އެދަރަނީގެ مُقَابِلُ ގައި އޭގެ ފައިދާ އެތައްގުނަޔަކަށް އިތުރުކޮށްދެއްވާހުއްޓެވެ. އެހެނީ މުދާ ގިނަކޮށްދެއްވުމާއި އަދި މަދުކުރެއްވުން ވަނީ ހަމަ ﷲ ގެ މިންވަރުގެތެރޭގައެވެ. އެއީ އެކަލާނގެ ހިންގަވާ ކަމެކެވެ. އަދި ކަލޭމެން އެނބުރި رجوع ވުންވަނީވެސް ހަމައެކަލާނގެ حضرة އަށެވެ.

Verse 246

أَلَمْ تَرَ إِلَى ٱلْمَلَإِ مِنۢ بَنِىٓ إِسْرَٰٓءِيلَ مِنۢ بَعْدِ مُوسَىٰٓ إِذْ قَالُوا۟ لِنَبِىٍّ لَّهُمُ ٱبْعَثْ لَنَا مَلِكًا نُّقَـٰتِلْ فِى سَبِيلِ ٱللَّهِ ۖ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ ٱلْقِتَالُ أَلَّا تُقَـٰتِلُوا۟ ۖ قَالُوا۟ وَمَا لَنَآ أَلَّا نُقَـٰتِلَ فِى سَبِيلِ ٱللَّهِ وَقَدْ أُخْرِجْنَا مِن دِيَـٰرِنَا وَأَبْنَآئِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ تَوَلَّوْا۟ إِلَّا قَلِيلًا مِّنْهُمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ

Transliteration alam tara ilā l-mala-i min banī is'rāīla min baʿdi mūsā idh qālū linabiyyin lahumu ib'ʿath lanā malikan nuqātil fī sabīli l-lahi qāla hal ʿasaytum in kutiba ʿalaykumu l-qitālu allā tuqātilū qālū wamā lanā allā nuqātila fī sabīli l-lahi waqad ukh'rij'nā min diyārinā wa-abnāinā falammā kutiba ʿalayhimu l-qitālu tawallaw illā qalīlan min'hum wal-lahu ʿalīmun bil-ẓālimīna

Dhivehi އޭ رسول ﷲ އެވެ! موسى عليه السّلام އަށްފަހު بَنِي إسْرَائيل ގައި އުޅުނު ބޮޑެތި أَشْرَاف ންގެ خبر (މަތީމީހުންގެ ވާހަކަ) ކަލޭގެފާނަށް އެނގިވަޑައިގެން ނުވޭތޯއެވެ. އެމީހުން އެމީހުންގެ نَبِى އާއަށް ދެންނެވިއެވެ. އެއީ صَمْوِيْل ނުވަތަ شَمْعُون އޭ ކިޔޭ ބޭކަލަކުކަމުގައި ބައެއް عَالِم ން ލިއުއްވާފައިވެއެވެ. އެމީހުން އެ نبي އާއަށް ދެންނެވިއެވެ. އަހުރެމެން ﷲގެ މަގުގައި ހަނގުރާމަކުރުމަށް އަހުރެމެންނަށް ލީޑަރެއްގެގޮތުން ރަސްކަލަކު ފޮނުއްވާނދޭވެ! އެ نبي އާ އެމީހުންނަށް ވިދާޅުވިއެވެ. ކަލޭމެންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވިއްޖެއްޔާ ހަނގުރާމަ ކުރުމަށް ކަލޭމެން ފުރަގަސްދީފިލައިގެން ދިއުން ގާތްވެގެން ނުވޭހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. އަހުރެމެން ﷲ ގެމަގުގައި ހަނގުރާމަނުކުރާންވީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން އަހުރެމެންނާއި އަހުރެމެންގެ ދަރިންވެސް މިވަނީ އަހުރެމެންގެ ގޮވަތިގެދޮރުތަކުން ނެރެވިފައެވެ. ދެންފަހެ އެމީހުންގެމައްޗަށް ހަނގުރާމަ فرض ކުރެއްވުމުން އެމީހުންކުރެ މަދުބަޔަކުމެނުވީ ފުރަގަސްދީފާ ދިޔައީއެވެ. އެމީހުންވީ އަނިޔާވެރިންކަމުގައެވެ. އަދި އަނިޔާވެރިންނާއިމެދު ﷲ ދެނެވޮޑިގެންވެއެވެ.

Verse 247

وَقَالَ لَهُمْ نَبِيُّهُمْ إِنَّ ٱللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا ۚ قَالُوٓا۟ أَنَّىٰ يَكُونُ لَهُ ٱلْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِٱلْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ ٱلْمَالِ ۚ قَالَ إِنَّ ٱللَّهَ ٱصْطَفَىٰهُ عَلَيْكُمْ وَزَادَهُۥ بَسْطَةً فِى ٱلْعِلْمِ وَٱلْجِسْمِ ۖ وَٱللَّهُ يُؤْتِى مُلْكَهُۥ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌ

Transliteration waqāla lahum nabiyyuhum inna l-laha qad baʿatha lakum ṭālūta malikan qālū annā yakūnu lahu l-mul'ku ʿalaynā wanaḥnu aḥaqqu bil-mul'ki min'hu walam yu'ta saʿatan mina l-māli qāla inna l-laha iṣ'ṭafāhu ʿalaykum wazādahu basṭatan fī l-ʿil'mi wal-jis'mi wal-lahu yu'tī mul'kahu man yashāu wal-lahu wāsiʿun ʿalīmun

Dhivehi އަދި އެމީހުންގެ نبي އާ އެމީހުންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ تعالى ކަލޭމެންނަށް ރަސްކަލަކު ކަމުގައި طَالُوتُ ފޮނުއްވައިފިއެވެ. އެމީހުން ދެންނެވިއެވެ. އަހުރެމެންނަށް ވެރިޔަކުކަމުގައި އޭނާވާނީ ކޮންފަދައަކުން ހެއްޔެވެ؟ އޭނާއަށްވުރެ އަހުރެމެން ވެރިކަމަށް މާ حقّ ކަންބޮޑެވެ. އަދި އޭނާއަކަށް މުދަލުގެ ތަނަވަސްކަމެއްވެސް ނެތެވެ. އެ نبي އާ ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ تعالى އެރަސްގެފާނު ކަލޭމެންގެމައްޗަށް خاصّ ކުރައްވައި إخْتِيَار ކުރައްވައިފިއެވެ. އަދި އެރަސްގެފާނަށް عِلْم އާއި ހަށިގަނޑުގެ ތަނަވަސްކަން އެކަލާނގެ ދެއްވައިފިއެވެ. އަދި ﷲ تعالى އެކަލާނގެ ވެރިކަން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ދެއްވައެވެ. އަދި ﷲ އީ ދެއްވުންތަކާއި فَضْلَ ވަންތަކަން ތަނަވަސްވެވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 248

وَقَالَ لَهُمْ نَبِيُّهُمْ إِنَّ ءَايَةَ مُلْكِهِۦٓ أَن يَأْتِيَكُمُ ٱلتَّابُوتُ فِيهِ سَكِينَةٌ مِّن رَّبِّكُمْ وَبَقِيَّةٌ مِّمَّا تَرَكَ ءَالُ مُوسَىٰ وَءَالُ هَـٰرُونَ تَحْمِلُهُ ٱلْمَلَـٰٓئِكَةُ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لَّكُمْ إِن كُنتُم مُّؤْمِنِينَ

Transliteration waqāla lahum nabiyyuhum inna āyata mul'kihi an yatiyakumu l-tābūtu fīhi sakīnatun min rabbikum wabaqiyyatun mimmā taraka ālu mūsā waālu hārūna taḥmiluhu l-malāikatu inna fī dhālika laāyatan lakum in kuntum mu'minīna

Dhivehi އަދި އެމީހުންގެ نَبي އާ އެމީހުންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން އެރަސްގެފާނުންގެ ރަސްކަމުގެ عَلاَمَة އަކީ دليل އަކީ، ކަލޭމެންގާތަށް އޭނާ تَابُوتُ ގެނަސްދެއްވުމެވެ. އޭގެތެރޭގައި ކަލޭމެންގެ رَبّ ގެ حضرة ންވާ ހަމަޖެހުމާ ސުކޫނަތުވެއެވެ. އަދި موسى عليه السّلام އާއި هارون عليه السّلام އާއި ދެބޭކަލުންގެ آل ން ގެންގުޅުއްވާފައިވާ ބައެއްތަކެތިވެސް ވެއެވެ. އެ تَابُوت އުފުއްލަވައި ގެންނަވާނީ މަލާއިކަތް ބޭކަލުންނެވެ. ހަމަކަށަވަރުން އެކަމުގައި ކަލޭމެންނީ مؤمن ންކަމުގައިވަންޏާ طالوت ގެ ރަސްކަމުގެމައްޗަށް دليل ކުރާ دليل އާއި ހެކި ކަލޭމެންނަށްވެއެވެ. تَابُوت އަކީ ބޮޑުފޮށްޓެއްކަމުގައިވިއެވެ. قُرُطُبِى ގެ مَشْهُور تَفْسِير الجامِعُ لأحْكَام القرآن އެވެ ކިއުނު ފޮތުގައި މިއާޔަތުގެ تفسير ލިއުއްވަމުން ލިއުއްވާފައިވެއެވެ. تَابُوت އަކީ ﷲ تعالى آدم عليه السّلام އަށް ބާވައިލެއްވި އެއްޗެކެވެ. އެކަލޭގެފާނުންގެ އަރިހުގައި އެކަލޭގެފާނު އަވަހާރަވާންދެން ހުރިކަމުގައިވިއެވެ. ދެން އެފޮށި واصل ވިކަމަށްވަނީ يعقوب عليه السّلام އަށެވެ. އެދެމެދުގެ معلومات ފެންނާކަށްނެތެވެ. ދެން بني إسرائيل ން ގެންގުޅުނީއެވެ. އެމީހުން ހަނގުރާމައެއް ކުރަންޏާ އޭތިގެންގޮސް عدوّ ން ކުރިމަތީ ބަހައްޓަނީއެވެ. އޭރުން ކާމިޔާބުވެއެވެ. ދެން މިބައިމީހުން އުރެދުމުގެ ސަބަބުން عَمَالِقَة ގެ أمير جَالُوت އާއި އޭނާގެ މީހުން އެ تابوت ގެންދިޔައީއެވެ. ދެން جالوت އާއި ހަނގުރާމައަށް މިވަޑައިގެންނެވި طالوت އަށް މަލާއިކަތްބޭކަލުން ގެނަސްދެއްވީއެވެ. އެއީ އޭރުހުންނެވި نبي އާގެ ބަސްފުޅު ތެދުކުރުމުގެ ގޮތުންނެވެ. والله أعلم. އޭގެތެރޭގައި موسى عليه السّلام ގެ عصا ކޮޅާއި އެކަލޭގެފާނުން ގެންގުޅުއްވި ފިލާކޮޅުގެ ބައެއްވެސް ވާކަމުގައިވިއެވެ. އަދިވެސް..... ކޮންމެއަކަސް އެފޮށިއައުމުން މީސްތަކުންގެ ހިތްތަކަށް ހަމަޖެހުމާއި މައިތިރިކަން އާދެއެވެ.

Verse 249

فَلَمَّا فَصَلَ طَالُوتُ بِٱلْجُنُودِ قَالَ إِنَّ ٱللَّهَ مُبْتَلِيكُم بِنَهَرٍ فَمَن شَرِبَ مِنْهُ فَلَيْسَ مِنِّى وَمَن لَّمْ يَطْعَمْهُ فَإِنَّهُۥ مِنِّىٓ إِلَّا مَنِ ٱغْتَرَفَ غُرْفَةًۢ بِيَدِهِۦ ۚ فَشَرِبُوا۟ مِنْهُ إِلَّا قَلِيلًا مِّنْهُمْ ۚ فَلَمَّا جَاوَزَهُۥ هُوَ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ قَالُوا۟ لَا طَاقَةَ لَنَا ٱلْيَوْمَ بِجَالُوتَ وَجُنُودِهِۦ ۚ قَالَ ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَـٰقُوا۟ ٱللَّهِ كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةًۢ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ

Transliteration falammā faṣala ṭālūtu bil-junūdi qāla inna l-laha mub'talīkum binaharin faman shariba min'hu falaysa minnī waman lam yaṭʿamhu fa-innahu minnī illā mani igh'tarafa ghur'fatan biyadihi fasharibū min'hu illā qalīlan min'hum falammā jāwazahu huwa wa-alladhīna āmanū maʿahu qālū lā ṭāqata lanā l-yawma bijālūta wajunūdihi qāla alladhīna yaẓunnūna annahum mulāqū l-lahi kam min fi-atin qalīlatin ghalabat fi-atan kathīratan bi-idh'ni l-lahi wal-lahu maʿa l-ṣābirīna

Dhivehi ދެންފަހެ طالوت އޭނާގެ ސިފައިންނާއިގެން ރަށުން ވަކިވެގެން ވަޑައިގެންނެވިހިނދުން ﷲ تعالى މި لشكر ގައިތިބި މީހުން طالوت އަށް ކިޔަމަންވެގެންވާކަމާއި ނުވާކަން ދެއްކެވުމަށް ފެންކޯރެއް މެދުވެރިކުރައްވައި އެމީހުން إمتحان ކުރެއްވިއެވެ. طالوت ވިދާޅުވީ މިކޯރުން ހަމައެކަނި އަތްގޮށިން ނަގާ ފެންއަތްގޮށްޓެއް ބޮއިލުން ނޫން ވަރަކަށް ފެންބޮއި ފެނުގެ ބޭނުންކޮށްފިމީހަކީ އަހުރެން ބައިގެ މީހެއްނޫނެވެ. އަދި އެއިން ނުބުއި މީހުންނީ އަހުރެންގެ މީހުންނެވެ. އޭރު އެމީހުންތިބީ ފެންމަދުވެގެން طالوت އާއި شكوى ކޮށްކޮށެވެ. ދެންފަހެ އެ لشكر ގެ މަދުމީހަކު މެނުވީ އެކޯރުން ފެންބޮއިފިއެވެ. ދެން طالوت އާއި އޭނާގެ މީހުން އެކޯރު ފަހަނަޅައި ދިއުމުން. އެ لشكر ގައިތިބި منافق ންނާއި އުރެދުންތެރިމީހުން ދެންނެވިއެވެ. جَالُوت އާއި އޭނާގެ ސިފައިންނާ ހަނގުރާމަކުރާހާ ބާރެއް މިއަދު އަހުރެމެންގެ ކިބައިގައި ނެތެވެ. (ބުނެވެނީ މިހެން ދަންނަވާފައި މިބައިމީހުން ދިޔައީކަމަށެވެ.) އެހެނެއްކަމަކު قيامة ދުވަހުން ﷲ އާއި ބައްދަލުވާނެކަމުގައި يقين ކުރާ ތެދުވެރި مؤمن ން ދެންނެވިއެވެ. عدد ގިނަވެގެންވާ ކިތަންމެ جماعة އެއްގެމައްޗަށް عدد މަދުވެގެންވާ ކިތަންމެ جماعة އެއް ﷲ ގެ إذن ފުޅަށް ގަދަވެފައިވޭހެއްޔެވެ؟ އަދި ﷲ ގެ رحمة އާއި فضل ވަންތަކަންވަނީ ކެތްތެރީންނާއިއެކުގައެވެ.

Verse 250

وَلَمَّا بَرَزُوا۟ لِجَالُوتَ وَجُنُودِهِۦ قَالُوا۟ رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ

Transliteration walammā barazū lijālūta wajunūdihi qālū rabbanā afrigh ʿalaynā ṣabran wathabbit aqdāmanā wa-unṣur'nā ʿalā l-qawmi l-kāfirīna

Dhivehi އަދި طَالوت އާއި އޭނާގެ މީހުން جَالُوت އާއި އޭނާގެ لشكر އާއި ބައްދަލުވިހިނދުން طَالوت ގެ لشكر ގެމީހުން ދެންނެވިއެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އިތުރުކުރައްވައި އަދި އަޅަމެންގެ ފައިތިލަތައް ސާބިތުކޮށްދެއްވައި އަދި ކާފަރުވީ މީސްތަކުންގެ މައްޗަށް އަޅަމެނަށް نصر ދެއްވާފާނދޭވެ!

Verse 251

فَهَزَمُوهُم بِإِذْنِ ٱللَّهِ وَقَتَلَ دَاوُۥدُ جَالُوتَ وَءَاتَىٰهُ ٱللَّهُ ٱلْمُلْكَ وَٱلْحِكْمَةَ وَعَلَّمَهُۥ مِمَّا يَشَآءُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ ٱلْأَرْضُ وَلَـٰكِنَّ ٱللَّهَ ذُو فَضْلٍ عَلَى ٱلْعَـٰلَمِينَ

Transliteration fahazamūhum bi-idh'ni l-lahi waqatala dāwūdu jālūta waātāhu l-lahu l-mul'ka wal-ḥik'mata waʿallamahu mimmā yashāu walawlā dafʿu l-lahi l-nāsa baʿḍahum bibaʿḍin lafasadati l-arḍu walākinna l-laha dhū faḍlin ʿalā l-ʿālamīna

Dhivehi ދެންފަހެ މިބައިމީހުން جالوت އާއި އޭނާގެ لشكر ﷲ ގެ އިޒުނަފުޅަށް ބަލިކޮށްފިއެވެ. އަދި داود ވަޑައިގެން جالوت މަރައިފިއެވެ. އަދި ﷲ تعالى އެ داود ގެފާނަށް ވެރިކަމާއި نبي ކަން ދެއްވައިފިއެވެ. (އެއީ طالوت ގެވެރިކަމާއި شَمْعُون ގެ نَبي ކަމާއެވެ.) އަދި އެކަލާނގެ އެދިވޮޑިގެންނެވިތަކެތީގެ ތެރެއިން އެކަލޭގެފާނަށް އެކަލާނގެ އުގަންނަވައިދެއްވައިފިއެވެ. އަދި މިގޮތަށް އެއްބަޔަކު އަނެއްބައެއްގެ ފަރާތުން دفاع ވާގޮތް ﷲ ލައްވާފައި ނުވާނަމަ ހަމަކަށަވަރުން ބިންގަނޑު ފާސިދުވެއްޖައީހެވެ. بَاطل ގެ مُقَابِل ގައި ދިމާކުރާނެ حقّ ނުވާނަމަ حقّ އާއިގެން ތެދުވާނެބަޔަކު ނުވާނަމަ މުޅިދުނިޔޭގައި بَاطل ވެރިކަން ކޮށްފާނެއެވެ. ނަމަވެސް ﷲ ގެ فضل ވަންތަކަމުން އަބަދުވެސް ކޮންމެވެސްބަޔަކު حقّ ގެއަޑު އުފުލައެވެ. އެހެނީ ހަމަކަށަވަރުން ﷲ تعالى އީ عَالم ތަކުގެމައްޗަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ.

Verse 252

تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۚ وَإِنَّكَ لَمِنَ ٱلْمُرْسَلِينَ

Transliteration til'ka āyātu l-lahi natlūhā ʿalayka bil-ḥaqi wa-innaka lamina l-mur'salīna

Dhivehi އިސްވެދިޔަ واقعة ތަކަކީ އަދި އެވާހަކަތައް ތިމަންރަސްކަލާނގެ ކަލޭގެފާނަށް މި بَيَان ކޮށްދެއްވި ވާހަކަތަކަކީ ހައްތާވެސް ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ حقّ دليل އާއި ހެއްކެވެ. (އަދި އޭ محمّد ގެފާނެވެ!) ހަމަކަށަވަރުން ކަލޭގެފާނުވަނީ رسول ބޭކަލުންގެ ތެރެއިންނެވެ.

Verse 253

۞ تِلْكَ ٱلرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۘ مِّنْهُم مَّن كَلَّمَ ٱللَّهُ ۖ وَرَفَعَ بَعْضَهُمْ دَرَجَـٰتٍ ۚ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَـٰتِ وَأَيَّدْنَـٰهُ بِرُوحِ ٱلْقُدُسِ ۗ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلَ ٱلَّذِينَ مِنۢ بَعْدِهِم مِّنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ وَلَـٰكِنِ ٱخْتَلَفُوا۟ فَمِنْهُم مَّنْ ءَامَنَ وَمِنْهُم مَّن كَفَرَ ۚ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلُوا۟ وَلَـٰكِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ

Transliteration til'ka l-rusulu faḍḍalnā baʿḍahum ʿalā baʿḍin min'hum man kallama l-lahu warafaʿa baʿḍahum darajātin waātaynā ʿīsā ib'na maryama l-bayināti wa-ayyadnāhu birūḥi l-qudusi walaw shāa l-lahu mā iq'tatala alladhīna min baʿdihim min baʿdi mā jāathumu l-bayinātu walākini ikh'talafū famin'hum man āmana wamin'hum man kafara walaw shāa l-lahu mā iq'tatalū walākinna l-laha yafʿalu mā yurīdu

Dhivehi އެ رَسول ބޭކަލުން ދަންނައެވެ! ތިމަންރަސްކަލާނގެ އޭގެ ބައެއްބޭކަލުން އަނެއްބައިބޭކަލުންގެ މައްޗަށް މާތްކުރެއްވީމެވެ. އޭގެތެރޭގައި އެބޭކަލުންނާއި ﷲ ގެ ބަސްފުޅު وحي ކުރައްވައި ވާހަކަފުޅު ދެއްކެވި ބޭކަލުންވެއެވެ. އެއީ موسى عليه السّلام ފަދަ ބޭކަލުންނެވެ. އަދި ބައެއްބޭކަލުން އެކަލާނގެ އެތައް ދަރަޖައަކަށް އުފުއްލެވިއެވެ. އަދި مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام އަށް ބަޔާންވެގެންވާ ދަލީލުތައް ދެއްވީމެވެ. (بَرَص ބަލިޖެހިފައިވާ މީހުން ރަނގަޅުކުރެއްވުމާއި މަރުވެފައިވާމީހުން ދިރުއްވުމާއި އަދިވެސް އެތައްކަމެކެވެ.) އަދި ތިމަންރަސްކަލާނގެ جبريل عليه السّلام މެދުވެރިކުރައްވައި އެކަލޭގެފާނުގެ ބާރުގަދަކޮށްދެއްވީމެވެ. އަދި ﷲ އެދިވޮޑިގެންނެވިނަމަ އެމީހުންނަށް بَيَان ވެގެންވާ دليل އައުމަށްފަހު އެމާތް رَسول ބޭކަލުން ވަޑައިގެން بَيَان ކޮށްދެއްވުމަށްފަހު އެމީހުން އެއްބަޔަކު އަނެއްބަޔަކާ ދެބަސްވެ ތަޅާފޮޅާ ނުހެދީހެވެ. އެހެންނަމަވެސް އެމީހުން إختلاف ވީއެވެ. ދެބަސްވީއެވެ. ދެންފަހެ އެމީހުންގެތެރޭގައި ތިބީ އީމާންވީމީހުންނާއި ކާފަރުވީމީހުންނެވެ. އަދި ﷲ އިރާދަކުރެއްވިނަމަ އެމީހުން ތަޅާފޮޅާނުހެދީހެވެ. އަދި އެހެންނަމަވެސް ﷲ އިރާދަކުރައްވާ ކަންތައް އެކަލާނގެ ކުރައްވައެވެ.

Verse 254

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِمَّا رَزَقْنَـٰكُم مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَـٰعَةٌ ۗ وَٱلْكَـٰفِرُونَ هُمُ ٱلظَّـٰلِمُونَ

Transliteration yāayyuhā alladhīna āmanū anfiqū mimmā razaqnākum min qabli an yatiya yawmun lā bayʿun fīhi walā khullatun walā shafāʿatun wal-kāfirūna humu l-ẓālimūna

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވިތަކެތިން ކަލޭމެން ހޭދަކުރާށެވެ! އެއީ އެއްވެސް ގަނެވިއްކުމެއް ވިޔަފާރިއެއް ނެތް އަދި އެއްވެސް رحمة ތެރި ރައްޓެހިކަމެއްގެ އެހީއެއް އަދި (ﷲ ގެ އިޒުނަޔާލައިގެންމެނުވީ) شَفَاعَة އެއްވެސް ނޯންނާނޭ ދުވަހެއް އައުމުގެކުރިންނެވެ. އެބަހީ قيامة ދުވަސް އައުމުގެކުރިންނެވެ. އަދި ކާފަރުން އެއީ ކަނޑައެޅިގެން އަނިޔާވެރިންނެވެ. مشرك ންނެވެ.

Verse 255

ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌ وَلَا نَوْمٌ ۚ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ

Transliteration al-lahu lā ilāha illā huwa l-ḥayu l-qayūmu lā takhudhuhu sinatun walā nawmun lahu mā fī l-samāwāti wamā fī l-arḍi man dhā alladhī yashfaʿu ʿindahu illā bi-idh'nihi yaʿlamu mā bayna aydīhim wamā khalfahum walā yuḥīṭūna bishayin min ʿil'mihi illā bimā shāa wasiʿa kur'siyyuhu l-samāwāti wal-arḍa walā yaūduhu ḥif'ẓuhumā wahuwa l-ʿaliyu l-ʿaẓīmu

Dhivehi ﷲ އެއީ އެކަލާނގެ މެނުވީ އަޅުކަންވެވުން حقّ ވެގެންވާ އެއްވެސް އެހެން إله އަކުނުވާ ކަލާނގެއެވެ. އެކަލާނގެއީ ފެށުމެއްނުވާ އަދި ނިމުމެއްނުވާ دَائمى حَيَاة އެއްވާ ކަލާނގެއެވެ. އަދި އެއީ خَلْقُ ތަކުންނަށް ރިޒުގުދެއްވުމާއި ބެލެހެއްޓެވުމާއި ރައްކާތެރިކުރެއްވުމުގައި قائم ވެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެއަށް ނިދިޖެހުމެއްނުވެއެވެ. އަދި ގަދަ އަވަހާރަފުޅުލެއްޕެވުމެއް ނުވެއެވެ. އުޑުތަކާއި ބިމުގައިވާހާތަކެތި مِلْكُ ވެވޮޑިގެންވަނީ خَاصّ ވެވޮޑިގެންވަނީ ހަމަ އެކަލާނގެއަށެވެ. އެކަލާނގެ حضرة ގައި އެކަލާނގެ އިޒުނަފުޅާއިލައިގެން މެނުވީ شَفَاعَة ތެރިވާނީ ކާކުހެއްޔެވެ؟ އެބަހީ އެކަކަށްވެސް شفاعة ތެރިނުވެވޭނެއެވެ. އަދި خلق ތަކުންގެ ދުނިޔޭގެ ކަންތަކާއި އަދި آخرة ގެ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އެއްޗެއްމެނުވީ އެކަލާނގެ علم ފުޅުގެތެރެއިން އެކައްޗެއްވެސް خلق ތަކުންނަށް އެނގިގެން ނުވެއެވެ. އަދި އެކަލާނގެ كُرْسِ ފުޅު އުޑުތަކާއި ބިމުގައި ތަނަވަސްވެގެންވެއެވެ. އަދި އުޑުތަކާއި ބިން ބަލަހައްޓަވާ ރައްކާތެރިކުރެއްވުމަކަށް އެކަލާނގެއަށް ބުރަވެގެން ނުވެއެވެ. އަދި އެކަލާނގެއީ މަތިވެރިވެވޮޑިގެންވާ عِزّة ވަންތަ ހައިބަބޮޑުވެގެންވާ ކަލާނގެއެވެ. • ﷲ ގެ كُرْسى އަކީ ކޮންއެއްޗެއްކަމާއިމެދު مُفَسِّر ންގެމެދުގައި إختلاف ވެގެންވެއެވެ. މި فَنُّ ގެ ބޮޑެތި عالم ން ވިދާޅުވަނީ އެއީ ﷲ ގެ ދެނެވޮޑިގަތުންކަމުގައެވެ. މިއީ علم ވެރިންގެ އެއް ރިވާޔަތެވެ. އަނެއް ރިވާޔަތަކީ އެކަލާނގެ كُرْس ފުޅަކީ އެކަލާނގެ ދެފައިންޕުޅު ބަލަހައްޓަވާ އެއްޗެކެވެ. މިރިވާޔަތުގެމައްޗަށް حديث ދަލީލުކުރެއެވެ. ބައެއް حديث ގެ ތަރުޖަމާގައިވެއެވެ. كُرْسى ގެ ނިސްބަތުގައި ހަތްއުޑުގެ مثال އަކީ އައްޑަނައެއްގައި ބޭއްވިފައިވާ ހަތް دِرْهَمُ ގެ މިސާލެވެ. كُرْسى އެހާބޮޑެވެ. އަދި عرشى ގެ ނިސްބަތުގައި كُرْسى ގެ މިސާލަކީ ހުސްބިމަކަށް އެއްލައިލާފައިވާ ދަގަނޑު ބޮޅެއްގެ މިސާލެވެ. عرشى އެހާވެސް ބޮޑެވެ. މި حديث تفسير الطبري ގައިވެސް ވެއެވެ. އަދި تفسير قرطبى ގައި أبوموسى الأشعرى رضى ﷲ عنه ގެ އަރިހުން އައިސްފައިވާ ރިވާޔަތުގައިވެސްވަނީ كُرْسى އަކީ مَوْضِعُ القدَمَين އެވެ. يعني: ދެފައިންޕުޅު ބަހައްޓަވާތަނެވެ. علم التّوحيد ގެ أهل ވެރިންވެސް މި معلومات ތައް މިގޮތަށް بَيان ކުރައްވައެވެ. والله أعلم ދެންފަހެ ﷲ ގެ ފައިންޕުޅެއް އަދި كُرْسى އެއް عرشى އެއް މިއިން އެއްވެސް އެއްޗެއްގެ ސިފައެއް كيفية އެއްކުރުން ހުއްދައެއްނޫނެވެ. ވައްތަރު بيان ކުރުން ހުއްދައެއްނޫނެވެ. އެއީ އެކަލާނގެ އަންގަވާފައިނުވުމާއިއެކު ދުށްމީހަކުވެސް ނުވެއެވެ. އެހެންވެ އެކަލާނގެ ސިފަފުޅުތައް بيان ކުރުމުގެ قانون ގެދަށުން كُرْسىގެ ކަންތައްވެސް ނިންމީމާ އޮންނާނީ ރަނގަޅަށެވެ. އެކަލާނގެ ސިފަފުޅުގެ قانون އަކީ ކީރިތި قرآن އާއި މާތް سُنّة ން އެކަލާނގެއަށް ސިފަފުޅެއްވާކަމުގައި އަންގަވަންޏާ އެސިފަފުޅެއް އެކަލާނގެއަށްވާ ކަމުގައި އަޅުގަނޑުމެންވާނީ ސާބިތުކުރާށެވެ. ނަމަވެސް ވައްތަރާއި ސިފަ، އަދި كيفية بيان ނުކުރުމެވެ. އެއީ لَيْسَ كَمِثْلِهِ شىءٌ وهو السّميع البصير: މިއާޔަތުގައިވާ قانون އެވެ. نفى އާއި إثبات އެވެ. ސިފަ ސާބިތުކޮށް كَيْفِيَّةُ ނަފީކުރުމެވެ. والله أعلم بالصّواب.

Verse 256

لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّـٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ

Transliteration lā ik'rāha fī l-dīni qad tabayyana l-rush'du mina l-ghayi faman yakfur bil-ṭāghūti wayu'min bil-lahi faqadi is'tamsaka bil-ʿur'wati l-wuth'qā lā infiṣāma lahā wal-lahu samīʿun ʿalīmun

Dhivehi ދީނަށްވެއްދުމުގައި ގަދަހެދުމެއް ނުވެއެވެ. (މިއީ جِزْيَة ދީގެންތިބޭ أهل كتاب ންގެ حكم އެވެ. އެހެނިހެން ކާފަރުންގެ ވާހަކައެއްނޫނެވެ. تَوبَة ސޫރަތުގެ ބައެއް އާޔަތްތަކުން އެހެނިހެން ކާފަރުންނާ ދިމާކޮށް ގަދަހެދުމުގެ صَريح حكم އައިސްފައިވެއެވެ. އަދި އިސްލާމްދީނަށް ވަދެހުރި މީހާގެމައްޗަށް އެދީނުގެ حدّ ތައް ކަނޑައެޅުން حَاكِم ގެމައްޗަށް فرض ވެގެންވެއެވެ. އުޅޭނެގޮތަކަށްއުޅެން ދޫކޮށްލުމީ އޮތްކަމެއްނޫނެވެ.) އެހެނީ ރަނގަޅު حقّ ތެދުމަގާއި حقّ ނޫން باطل ގޮތް މިވަނީ ރަނގަޅަށް بَيَان ވެ އެނގޭށެވެ. އަދި طَاغُوت އަށް ކާފަރުވެ ﷲ އަށް އީމާންވެއްޖެމީހާ ދަންނައެވެ! ހަމަކަށަވަރުން އޭނާ އެހިފެހެއްޓީ މަގުނުފުރެދޭނެ حقّ ތެދުމަގުގައެވެ. އެއަށް އެއްވެސް އޮޅުމެއްނެތެވެ. އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ. طَاغُوت: އެއީ شيطان އެވެ. ނުވަތަ سِحر ވެރިޔާއެވެ. ނުވަތަ كَاهِن އެވެ. ނުވަތަ ﷲ ފިޔަވައި އެފަރާތަކަށް އަޅުކަންވެވޭ ކިޔަމަންތެރިވެވޭ އަދި تبع ވެވޭ ކޮންމެ ފަރާތެކެވެ. ނަމަވެސް އިންސާނުން، މަލާއިކަތުން ފަދަ ފަރާތްތަކަށް އަޅުކަންވެވޭއިރު އެފަރާތްތައް އެ އަޅުކަމާއި ރުހި ގަޔާވެގެން ވަންޏާއެވެ. والله أعلم.

Verse 257

ٱللَّهُ وَلِىُّ ٱلَّذِينَ ءَامَنُوا۟ يُخْرِجُهُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۖ وَٱلَّذِينَ كَفَرُوٓا۟ أَوْلِيَآؤُهُمُ ٱلطَّـٰغُوتُ يُخْرِجُونَهُم مِّنَ ٱلنُّورِ إِلَى ٱلظُّلُمَـٰتِ ۗ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ

Transliteration al-lahu waliyyu alladhīna āmanū yukh'rijuhum mina l-ẓulumāti ilā l-nūri wa-alladhīna kafarū awliyāuhumu l-ṭāghūtu yukh'rijūnahum mina l-nūri ilā l-ẓulumāti ulāika aṣḥābu l-nāri hum fīhā khālidūna

Dhivehi ﷲ އެއީ އީމާންވީމީހުންގެ ސަހަރޯވެރިޔާއެވެ. އެކަލާނގެ އެމީހުން ޖާހިލުކަމާއި شِرك އާއި ކާފަރުކަމުގެ އަނދިރިކަމާއި ނުރައްކަލުން ނެރުއްވައި އީމާންކަމާއި هداية ގެ ސާފުސީދާ އަލިކަމުގެ ތެރެއަށް ލައްވައި ތެދުމަގު ދައްކަވައި ސަލާމަތްކުރައްވައެވެ. އަދި ކާފަރުވެއްޖެ މީހުން ދަންނައެވެ! އެމީހުންގެ ސަހަރޯވެރިއަކީ طَاغُوت އެވެ. އެސޮރު އެމީހުން އީމާންކަމާއި هِداية އާއި مَعرفة ވެރިކަމުގެ އަލިކަމުން ދުރުކޮށް جاهل ކަމާއި شرك އާއި كفر ގެ އަނދިރި ނާމާންކަމުގެތެރެއަށް ވައްދައި ހަލާކުކޮށްލައެވެ. އެމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީވެސް ހަމަ އެތާނގައެވެ.

Verse 258

أَلَمْ تَرَ إِلَى ٱلَّذِى حَآجَّ إِبْرَٰهِـۧمَ فِى رَبِّهِۦٓ أَنْ ءَاتَىٰهُ ٱللَّهُ ٱلْمُلْكَ إِذْ قَالَ إِبْرَٰهِـۧمُ رَبِّىَ ٱلَّذِى يُحْىِۦ وَيُمِيتُ قَالَ أَنَا۠ أُحْىِۦ وَأُمِيتُ ۖ قَالَ إِبْرَٰهِـۧمُ فَإِنَّ ٱللَّهَ يَأْتِى بِٱلشَّمْسِ مِنَ ٱلْمَشْرِقِ فَأْتِ بِهَا مِنَ ٱلْمَغْرِبِ فَبُهِتَ ٱلَّذِى كَفَرَ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ

Transliteration alam tara ilā alladhī ḥājja ib'rāhīma fī rabbihi an ātāhu l-lahu l-mul'ka idh qāla ib'rāhīmu rabbiya alladhī yuḥ'yī wayumītu qāla anā uḥ'yī wa-umītu qāla ib'rāhīmu fa-inna l-laha yatī bil-shamsi mina l-mashriqi fati bihā mina l-maghribi fabuhita alladhī kafara wal-lahu lā yahdī l-qawma l-ẓālimīna

Dhivehi (އޭ رَسُول ﷲ އެވެ!) إبراهيم عليه السّلام ގެ رَبّ އާމެދު އެކަލޭގެފާނާއި جَدَل ކުރިމީހާގެ خبر ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވައިތޯއެވެ؟ އޭނާޔާމެދު عجائب ވެވަޑައިނުގަންނަވާތޯއެވެ؟ (އެމީހަކީ بَابِل ކަރައިގައި އޭރުހުރި ވެރިޔާއެވެ. އެއީ نَمْرُوذ بن كَنْعَان ކަމަށާއި نَمْرُوذ بن فَالِخُ ކަމަށާއި ދެގޮތަށް ކިޔާފައިވެއެވެ. އޭނާޔަކީވެސް ތިމާއީ رَبّ އެއްކަމަށް دعوى ކުރި މީހެއްކަމުގައިވިއެވެ. ވަރަށްނުބައި ބޮޑު جَبَّار މީހެކެވެ.) އޭނާ އެހާބޮޑާވެ جَبَّار ވީކަމުގައިވަނީ ﷲ އޭނާއަށް ބޮޑުވެރިކަމަކާއި ބާރުދެއްވުމުގެ ސަބަބުންނެވެ. إبراهيم عليه السّلام އޭނާޔަށް ވިދާޅުވިއެވެ. އަހުރެންގެ رَبّ އަކީ ތަކެތި ދިރުއްވާ މަރުއްވާ ކަލާނގެއެވެ. އޭނާ ދެންނެވިއެވެ. އަހުރެންވެސް ދިރުވާ މަރާހަދަމެވެ. މިހެންކިޔާފައި އޭނާގެ ކުށްވެރިންގެތެރެއިން ދެމީހުން ގެނަސް އެކަކަށް عَفُو ކޮށްފައި ދޫކޮށްލައި އަނެއްމީހާ މަރާލައިފިއެވެ. އަދި ދެންނެވިއެވެ. އަހުރެންވެސް ދިރުވާފައި މެރީއެވެ. މީނާގެ عمل ގެ ހުރި ދެއުޅިއެއްނުވާކަމުގެ ބޮޑުކަމުން إبراهيم عليه السّلام ދެން އޭނާއަށް ކުރިމަތިކުރެއްވީ ބަޗައިނުގަނެވޭވަރުގެ ކަމެކެވެ. ވިދާޅުވިއެވެ. ﷲ އިރުއަރުއްވާނީ مشرق ފަރާތުންނެވެ. ކަލޭ ނިކަން مَغْرِبُ ފަރާތުން އެއިރު އަރުވާބަލާށެވެ! މި حجّة އަށް އޭނާ ދޭނެ އެއްވެސް ޖަވާބެއް އަދި ހަދާނެއެއްވެސް حِيلة އެއްނެތި އެ ކާފަރުކަލޭގެ މުޅިން އަނގަބެނދި حيران ވެ އަންތަރީސްވެއްޖެއެވެ. އަދި އަނިޔާވެރި ނުބައި މީހުންނަށް ﷲ ތެދުމަގު ނުދައްކަވައެވެ.

Verse 259

أَوْ كَٱلَّذِى مَرَّ عَلَىٰ قَرْيَةٍ وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْىِۦ هَـٰذِهِ ٱللَّهُ بَعْدَ مَوْتِهَا ۖ فَأَمَاتَهُ ٱللَّهُ مِا۟ئَةَ عَامٍ ثُمَّ بَعَثَهُۥ ۖ قَالَ كَمْ لَبِثْتَ ۖ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍ ۖ قَالَ بَل لَّبِثْتَ مِا۟ئَةَ عَامٍ فَٱنظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۖ وَٱنظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ ءَايَةً لِّلنَّاسِ ۖ وَٱنظُرْ إِلَى ٱلْعِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْمًا ۚ فَلَمَّا تَبَيَّنَ لَهُۥ قَالَ أَعْلَمُ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration aw ka-alladhī marra ʿalā qaryatin wahiya khāwiyatun ʿalā ʿurūshihā qāla annā yuḥ'yī hādhihi l-lahu baʿda mawtihā fa-amātahu l-lahu mi-ata ʿāmin thumma baʿathahu qāla kam labith'ta qāla labith'tu yawman aw baʿḍa yawmin qāla bal labith'ta mi-ata ʿāmin fa-unẓur ilā ṭaʿāmika washarābika lam yatasannah wa-unẓur ilā ḥimārika walinajʿalaka āyatan lilnnāsi wa-unẓur ilā l-ʿiẓāmi kayfa nunshizuhā thumma naksūhā laḥman falammā tabayyana lahu qāla aʿlamu anna l-laha ʿalā kulli shayin qadīrun

Dhivehi އަދި އެރަށުން މުޅިން މީހުންހުސްވެ ގެތައް ފަޅުވެ ހަލާކުވެފައިވާ އޮތް ރަށެއްގެ ކައިރިންލާފައި (އެއީ بَيْتُ الْمَقْدِس ކަމުގައިވިއެވެ.) ވަޑައިގެންނެވިބޭކަލަކު ފަދައެވެ. (އެފަދަ ކަންތަކުން ޢިބުރަތް ޙާޞިލްކުރައްވާ ބައްލަވާށެވެ!) އެބޭކަލަކު ވިދާޅުވިއެވެ. މިރަށް ﷲ ދިރުއްވާނީ ކޮންފަދައަކުންބާވައެވެ. ދެންފަހެ ﷲ تعالى އެބޭކަލަކު ސަތޭކައަހަރު މަރުއްވައިފައި ބާއްވަވައިފިއެވެ. ދެން އަލުންވެސް އެކަލާނގެ އެބޭކަލަކު ދިރުއްވާ ދުނިޔެއަށް ފޮނުއްވިއެވެ. އަދި ﷲ އެބޭކަލަކަށް وحي ކުރެއްވިއެވެ. ކަލޭގެފާނު ލަސްވެފައި އޮންނެވީ ކިހާއިރަކުހެއްޔެވެ؟ އެބޭކަލަކު ދެންނެވިއެވެ. މިއަޅާ ލަސްވެއޮތީ އެއްދުވަހުއެވެ. ނުވަތަ ދުވަހެއްގެ ބައެއްގައެވެ. އެކަލާނގެ وحي ކުރެއްވިއެވެ. އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭގެފާނު ލަސްވެފައި (خبر ނެތިފައި) އޮންނެވީ ސަތޭކައަހަރުއެވެ. ފަހެ ކަލޭގެފާނުން، ކަލޭގެފާނުންގެ ކާބޯތަކެއްޗަށް ނިކަންބައްލަވާށެވެ! އެތަކެތި ނުބައިނުވެއެވެ. تَغَيَّر ނުވެއެވެ. އަދި ކަލޭގެފާނު، ކަލޭގެފާނުންގެ حِمَار އަށް ނިކަންބައްލަވާށެވެ! (އޭތިއޮތީ މަރުވެ ކަށިފުރޭނިގޮސް ހުސްކަށިތަކެވެ.) އަދި ތިމަންރަސްކަލާނގެ މީސްތަކުންނަށްވާ دليل އެއްކަމުގައި ކަލޭގެފާނުންގެ ކަންތައް ލެއްވީމެވެ. ފަހެ ކަލޭގެފާނު ކަލޭގެފާނުންގެ حِمَار ގެ ކަށިތަކަށް ނިކަން ބައްލަވާށެވެ! ތިމަންރަސްކަލާނގެ އެކަށިތައް تَرْكِيْبُ ކުރައްވާ ރާވާލައްވާގޮތް ދެކެވަޑައިގަންނަވާށެވެ! އަދި ތިމަންރަސްކަލާނގެ އޭތީގައި މަސްލައްވާ ނިވާކުރައްވާގޮތް ބައްލަވާށެވެ! ދެންފަހެ އެކަލޭގެފާނު ރަނގަޅަށް މިހުރިހާ ކަމަކަށް ބައްލަވައި ނިމުނު ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ تعالىއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަލަކުކަން އަހުރެންނަށް ރަނގަޅަށް އެނގެއެވެ.

Verse 260

وَإِذْ قَالَ إِبْرَٰهِـۧمُ رَبِّ أَرِنِى كَيْفَ تُحْىِ ٱلْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَـٰكِن لِّيَطْمَئِنَّ قَلْبِى ۖ قَالَ فَخُذْ أَرْبَعَةً مِّنَ ٱلطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ ٱجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ٱدْعُهُنَّ يَأْتِينَكَ سَعْيًا ۚ وَٱعْلَمْ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ

Transliteration wa-idh qāla ib'rāhīmu rabbi arinī kayfa tuḥ'yī l-mawtā qāla awalam tu'min qāla balā walākin liyaṭma-inna qalbī qāla fakhudh arbaʿatan mina l-ṭayri faṣur'hunna ilayka thumma ij'ʿal ʿalā kulli jabalin min'hunna juz'an thumma ud'ʿuhunna yatīnaka saʿyan wa-iʿ'lam anna l-laha ʿazīzun ḥakīmun

Dhivehi އަދި إبراهيم عليه السّلام އެކަލޭގެފާނުންގެ رَبّ ދެންނެވިހިނދު (ހަނދުމަފުޅު ކުރައްވާށެވެ.) އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ رَبّ އެވެ! މަރުވެފައިވާތަކެތި އިބަރަސްކަލާނގެ ދިރުއްވާގޮތް މިއަޅާއަށް ދައްކަވާންދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. އަޅެފަހެ ކަލޭގެފާނު އީމާންވެވަޑައި ނުގަންނަވަނީތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އެއްގޮތަކަށްވެސް އެހެންނޫނެވެ. އީމާންވަމެވެ. އަދި ކިއެއްތޯއެވެ؟ މިއަޅާގެ ހިތަށް ހަމަޖެހުން ގެނައުމަށްޓަކައެވެ. އެކަލާނގެ وحي ކުރެއްވިއެވެ. ދޫނީގެތެރެއިން ހަތަރު ދޫންޏެއް ހިތްޕަވާށެވެ! ދެން ކަލޭގެފާނު އެތަކެތި ކަތިލައްވައި ކުދިކޮށްކޮއްޓަވައި އެއްކުރައްވައި މައްސުނިކޮށްލައްވާށެވެ! ދެން ކޮންމެ ފަރުބަދައެއްގެމައްޗަށް އެއިން ބައެއް ލައްވާށެވެ! ދެން ކަލޭގެފާނު އެތަކެއްޗަށް ގޮވާލައްވާށެވެ! (ވިދާޅުވާށެވެ!) އޭރުން ކަލޭގެފާނުންގެ އަރިހަށް އެތަކެތި ދުވެފައި އަންނާނެއެވެ. އަދި ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ تعالى އީ عِزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

Verse 261

مَّثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ كَمَثَلِ حَبَّةٍ أَنۢبَتَتْ سَبْعَ سَنَابِلَ فِى كُلِّ سُنۢبُلَةٍ مِّا۟ئَةُ حَبَّةٍ ۗ وَٱللَّهُ يُضَـٰعِفُ لِمَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ

Transliteration mathalu alladhīna yunfiqūna amwālahum fī sabīli l-lahi kamathali ḥabbatin anbatat sabʿa sanābila fī kulli sunbulatin mi-atu ḥabbatin wal-lahu yuḍāʿifu liman yashāu wal-lahu wāsiʿun ʿalīmun

Dhivehi ﷲ ގެމަގުގައި ތިމާމެންގެ މުދާ ހޭދަކުރާމީހުންގެ މިސާލަކީ، އެމީހުންގެ އެ عمل ގެ މިސާލަކީ، އިންދި އޮށްޓަރެއްގެ މިސާލެވެ. ދެން އެއޮށުން ހަތްކުރާގަނޑު ނުކުމެ ކޮންމެ ކުރާގަނޑަކު ސަތޭކައޮށްވާ މުޑުވަކެއް އިންދި މީހެއްގެ މިސާލެވެ. އޭނާ އިންދި އެންމެ އޮށަކުން ހަތްސަތޭކައޮށް ލިބުނީއެވެ. ﷲ ގެ މަގުގައި ހޭދަކުރާމީހާވެސް އޭނާ ހޭދަކުރާ ކުޑައެތިކޮޅުގެ ثواب އާއި ދަރުމަ އެހާގިނަކޮށްލައްވައެވެ. އަދި އޭނާގެ إخلاص ތެރިކަން ހުރިވަރަކުން ﷲ އަދި މިއަށްވުރެވެސް އިތުރުކޮށްދެއްވައެވެ. އެކަލާނގެ އެދިވޮޑިގަންނަވާވަރަކަށް އިތުރުކޮށްދެއްވައެވެ. އަދި ﷲ އީ ދެއްވުން ތަނަވަސްވެވޮޑިގެންވާ އަދި ދެއްވަންވީ ފަރާތެއްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.

Verse 262

ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ ثُمَّ لَا يُتْبِعُونَ مَآ أَنفَقُوا۟ مَنًّا وَلَآ أَذًى ۙ لَّهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

Transliteration alladhīna yunfiqūna amwālahum fī sabīli l-lahi thumma lā yut'biʿūna mā anfaqū mannan walā adhan lahum ajruhum ʿinda rabbihim walā khawfun ʿalayhim walā hum yaḥzanūna

Dhivehi އަދި ތިމާމެންގެ މުދާ ﷲ ގެމަގުގައި ހޭދަކުރާމީހުން އެމީހުން ހޭދަކުރުމުގައި އެއްވެސްކަލަގޮވުމެއް އަދި އުނދަގުލެއް ބޮޑާކަމެއް ހުތުރުއެއްޗެތިކިއުމެއް އެކުލެވިގެންނުވާނަމަ އެފަދަ މީހުންނަށް އެމީހުންގެ رَبّ ގެ حضرة ގައި އެމީހުންގެ އެހެޔޮ عمل ގެދަރުމަ ހުންނަހުއްޓެވެ. އަދި قيامة ދުވަހުން އެމީހުންނަށް އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި ހިތާމަކުރާނެ ބަޔަކުކަމުގައިވެސް އެމީހުން ނުވެއެވެ.

Verse 263

۞ قَوْلٌ مَّعْرُوفٌ وَمَغْفِرَةٌ خَيْرٌ مِّن صَدَقَةٍ يَتْبَعُهَآ أَذًى ۗ وَٱللَّهُ غَنِىٌّ حَلِيمٌ

Transliteration qawlun maʿrūfun wamaghfiratun khayrun min ṣadaqatin yatbaʿuhā adhan wal-lahu ghaniyyun ḥalīmun

Dhivehi އެއްވެސްބާވަތެއްގެ ކަލަގޮވުމެއް ނުވަތަ އުނދަގުލެއް އެކުލެވިގެންވާ صدقة އަކަށްވުރެ (ސަލާމްޖަހާމީހަކަށްވެސް) ހެޔޮބަހެއް ބުނުން ނުވަތަ އަދި އޭނާގެ عَيْبُ ނިވައިކޮށްދީ عَفُو ކޮށްދިނުން މާހެޔޮވެގެންވެއެވެ. އަދި ﷲ އީ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވާ ކުއްލިއަކަށް عَذَاب ނުފޮނުއްވާ ކޯފާމަޑު ކަލާނގެއެވެ. * ދަންނައެވެ! ސަލާންޖަހާމީހާއަށް ދޭނެ މިންވަރެއް ތިމާއަތުގައި ނެތިއްޔާ އޭނާގެ ހިތްބަރުވާފަދަ ކަލިމަތަކުން އޭނާއަށް مُخَاطَبُ ނުކުރެއްވުން އެދެވިގެންވެއެވެ. އަދިކިއެއްތޯއެވެ؟ ރިވެތިގޮތުގައި އޭނާއަށް مُخَاطَبُ ކޮށް ﷲ ގެ حَضْرَةُ ން އެންމެފުރަތަމަވެސް ކަންކަމަށް އެދެން އޭނާއަށް ދަސްކޮށްދީ އެފަރާތަށް ކުރިމަތިލުމަށް އޭނާއަށް ވިސްނައިދިނުން އެދެވިގެންވެއެވެ. އަދި އޭނާމާބޮޑަށް އާދޭސްކުރާނަމަ އެވާހަކަ އެހެންމީހުން ގާތު އެނާއަށް ހުތުރުވާގޮތަށް ނުދައްކައި އެބާވަތުގެ ޢައިބު ނިވައިކޮށްދީ އޭނާއަށް މާފުކޮށްދިނުން ހުރިހާގޮތަކުންވެސް އައުލާވެގެންވެއެވެ. އަދި އޭނާއަށް އެއްޗެއްދީފައިވާނަމަވެސް އެވާކައޭނާއާއިދިމާއަށްގޮވާ ކަލަގޮވުން އެވަނީ ރުހިވޮޑި ނުގަންނަވާކަމެއްކަން މިއާޔަތުންވެސް އަންގަވާ ހަނދާންކޮށްދެއްވާފައެވެ. އަދި ކަލަގޮވުމަކީ صَدَقَة بَاطِلُ ވާކަމެއްކަން ހަނދުމަފުޅުކުރައްވާށެވެ!

Verse 264

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُبْطِلُوا۟ صَدَقَـٰتِكُم بِٱلْمَنِّ وَٱلْأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ فَمَثَلُهُۥ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُۥ وَابِلٌ فَتَرَكَهُۥ صَلْدًا ۖ لَّا يَقْدِرُونَ عَلَىٰ شَىْءٍ مِّمَّا كَسَبُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ

Transliteration yāayyuhā alladhīna āmanū lā tub'ṭilū ṣadaqātikum bil-mani wal-adhā ka-alladhī yunfiqu mālahu riāa l-nāsi walā yu'minu bil-lahi wal-yawmi l-ākhiri famathaluhu kamathali ṣafwānin ʿalayhi turābun fa-aṣābahu wābilun fatarakahu ṣaldan lā yaqdirūna ʿalā shayin mimmā kasabū wal-lahu lā yahdī l-qawma l-kāfirīna

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމާއި އަދި ހުތުރުބަސްބުނެ އުނދަގޫކޮށް ބޮޑާވެގެން މިކަންކަމުން ކަލޭމެން ކުރާ صدقة، باطل ނުކުރާށެވެ! މީގެމާނައަކީ صدقة ދީފައި ދިންވާހަކަ ގޮވާ އަދި صدقة ހިފާ ފަރާތަށް އުނދަގޫވާފަދަ ކަންތައްކުރުމުން صدقة، باطل ވާނެވާހަކައެވެ. އެއަށް ثواب ނުލިބިދާނެ ވާހަކައެވެ. އެފަދަ މީހުންގެ މިސާލަކީ ދެއްކުމަށް ހޭދަކުރާމީހާގެ މިސާލެވެ. އަދި އޭނާ ﷲ އަށާއި آخرة ދުވަހަށް އީމާންނުވާމީހާ ފަދައެވެ. އޭނާ ކުރާ ހޭދައިގެ މިސާލަކީ އޭގެމަތީގައި ވެލިހުރި ހަރު އޮމާން ހިލަގަނޑަކަށް ވާރޭވެހުނީމާ ވެލިކޮޅު ފައިބައިގެންދާ މިސާލެވެ. ދެން އެހިލަގަނޑު ހަމަ ހަރުހިލަގަނޑަކަށް އޮތުމެވެ. އޭގައި ގަހެއް ފެޅުމުގެ إمكان އެއްނުވެއެވެ. އެމީހުންނަށް - އެބަހީ ކަލަގޮވިމީހާއާއި އުނދަގޫކޮށްފާ صدقة ދޭމީހާއާއި އަދި ދެއްކުމަށް ހޭދަކުރާ މީހާއާއި މިމީސްމީހުންކުރާ ހެޔޮ عمل ން / ކުރާ ހޭދައިން އެއްވެސް ދަރުމައެއް ثواب އެއް حاصل ކުރުމަށް އެމީހުންނަށް ކުޅަދާނަވެގެން ނުވެއެވެ. އަދި ކާފަރުވެއްޖެ ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ.

Verse 265

وَمَثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ وَتَثْبِيتًا مِّنْ أَنفُسِهِمْ كَمَثَلِ جَنَّةٍۭ بِرَبْوَةٍ أَصَابَهَا وَابِلٌ فَـَٔاتَتْ أُكُلَهَا ضِعْفَيْنِ فَإِن لَّمْ يُصِبْهَا وَابِلٌ فَطَلٌّ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ

Transliteration wamathalu alladhīna yunfiqūna amwālahumu ib'tighāa marḍāti l-lahi watathbītan min anfusihim kamathali jannatin birabwatin aṣābahā wābilun faātat ukulahā ḍiʿ'fayni fa-in lam yuṣib'hā wābilun faṭallun wal-lahu bimā taʿmalūna baṣīrun

Dhivehi އަދި ﷲ ގެ ރުހިވޮޑިގަތުން އެދިގެންނާއި އަދި ތިމާމެންގެ نفس ތައް އީމާންކަމާއި طَاعَة ގެމައްޗަށް ގަދަކޮށް ސާބިތުކުރުމަށްޓަކައި ތިމާމެންގެ މުދާހޭދަކުރާމީހުންގެ މިސާލަކީ އެމީހުން އެކުރާ عمل ގެ މިސާލަކީ ހަމަބިމަށްވުރެ ކުޑަކޮށް އުފުލިފައިވާތާކުއޮތް ބަގީޗާއެއްގެ މިސާލެވެ. އަދި އެބަގީޗާއަށް ބޯވަރޭވެހި އޭގެ ގަސްގަހުގެ ނަތީޖާ (މަތިވަރު) ޑަބަލްވެގެން އައި ބަގީޗާއެކެވެ. އަދި ބޯކޮށްވާރޭ ނުވެހުނުނަމަ ތުނިކޮށް ހިމަފޮދުވާރޭ ވެހުނަސް ގަސްތަކުގެ މަތިވަރު އެހާ ފައްކާ ބަގީޗާއެއްގެ މިސާލެވެ. އަދި ﷲ تعالى ކަލޭމެންކުރާ ކަންތަކަށް ބައްލަވާވޮޑިގެންވެއެވެ. މިމިސާލުގައި މިބަޔާންކުރައްވަނީ ﷲ ގެ ރުހިވޮޑިގަތުން އެދިގެން މުދާހޭދަކުރާމީހާގެ މިސާލެކެވެ. އޭނާ އެހޭދަކުރާ އެތި ކިތަންމެގިނަޔަސް އަދި މަދުއެތިކޮޅެއްނަމަވެސް އޭގެ ثواب އާއި ދަރުމަ މަދުނުކުރައްވައެވެ. ބަގީޗާއަށް ބޯވާރޭނުވެހި ހިމަފޮދުވާރޭވެހުނަސް ބަގީޗާގެމަތިވަރު ގިނަވާގޮތަށެވެ.

Verse 266

أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُۥ جَنَّةٌ مِّن نَّخِيلٍ وَأَعْنَابٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ لَهُۥ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَأَصَابَهُ ٱلْكِبَرُ وَلَهُۥ ذُرِّيَّةٌ ضُعَفَآءُ فَأَصَابَهَآ إِعْصَارٌ فِيهِ نَارٌ فَٱحْتَرَقَتْ ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَتَفَكَّرُونَ

Transliteration ayawaddu aḥadukum an takūna lahu jannatun min nakhīlin wa-aʿnābin tajrī min taḥtihā l-anhāru lahu fīhā min kulli l-thamarāti wa-aṣābahu l-kibaru walahu dhurriyyatun ḍuʿafāu fa-aṣābahā iʿ'ṣārun fīhi nārun fa-iḥ'taraqat kadhālika yubayyinu l-lahu lakumu l-āyāti laʿallakum tatafakkarūna

Dhivehi ކަލޭމެންކުރެ އެކަކަށްވެސް ކަދުރާއި މޭބިސްކަދުރުގެ ބަގީޗާއެއް އޮވެފައި އަދި އެ ގަސްތަކުގެ ދަށުގައި ފެންހިނގާ އާރެއް އޮވެ އަދި އޭނާޔަށް އެބަގީޗާއިން ހުރިހާ ބާވަތެއްގެ މަތިވަރު ލިބިލިބިއޮތުމަށްފަހު އޭނާ މުސްކުޅިވެ ގައިބާރުދެރަވެ އަދި ކުޑަކުޑަ ކުދިންކޮޅެއް ތިބުމާއެކު އެބަގީޗާއަށް ގަދަވަޔާއި އަދި އޭގައި އަލިފާން ހުރި ނަގޫރޯޅިއައިސް ބަގީޗާ އަންދާލައި ހަލާކުކޮށްލިކަހަލަ ބަގީޗާއެއް އޮތުމަށް ލޯބިކުރަމުހެއްޔެވެ؟ (ލޯބި ނުކުރާނެއެވެ.) ﷲ تعالى ކަލޭމެނަށް އެކަލާނގެ އާޔަތްތައް بَيَان ކޮށްދެއްވަނީ ކަލޭމެން ވިސްނާ فكر ކުރުމަށްޓަކައެވެ. ދަންނައެވެ! މިމިސާލަކީ منافق މީހާކުރާ ހޭދައިގެ މިސާލެކެވެ. އޭނާކުރާ ހޭދަޔާ މީހުންނަށް ދޭދިނުންތަކުން މީސްތަކުން އޭނާޔަށް ތާރީފުކުރެއެވެ. އެބަޔާން ކުރެއްވި ބަގީޗާގައިހުރި ރަނގަޅުކަން އޭނާގެ عمل ގައިވެސް ހުރިފަދައެވެ. ދެންފަހެ ﷲ تعالى އޭނާގެ نور ނިވައިލައި އޭނާގެ عمل ގެ ދަރުމަ باطل ކުރައްވައި އެއަށް ބޭނުންވީހިނދު އެބަހީ قيامة ދުވަހުން އެ عمل ގައި އެއްވެސް ބަރަކާތެއްނެތި باطل ވެގެން ދިޔައީއެވެ. އަލިފާންހުރި ވައިއައިސް ބަގީޗާ އަންދާލިފަދައިންނެވެ. والله أعلم.

Verse 267

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَـٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ ۖ وَلَا تَيَمَّمُوا۟ ٱلْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِـَٔاخِذِيهِ إِلَّآ أَن تُغْمِضُوا۟ فِيهِ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَنِىٌّ حَمِيدٌ

Transliteration yāayyuhā alladhīna āmanū anfiqū min ṭayyibāti mā kasabtum wamimmā akhrajnā lakum mina l-arḍi walā tayammamū l-khabītha min'hu tunfiqūna walastum biākhidhīhi illā an tugh'miḍū fīhi wa-iʿ'lamū anna l-laha ghaniyyun ḥamīdun

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންކުރި މަސައްކަތަކުން حاصل ވި ރަނގަޅު حلال ތަކެތީން ހޭދަކުރާށެވެ! އަދި ތިމަންރަސްކަލާނގެ ކަލޭމެނަށްޓަކައި ބިމުން ނެރެދެއްވި ތަކެތީންވެސް ރަނގަޅު حلال ތަކެތި ހޭދަކުރާށެވެ! މޭވާޔާއި އޮއްޓާރާއި ދެންވެސް ބިމުގެ مَعْدن އާއި رِكَاز ފަދަ ތަކެތީގެ ރަނގަޅުތަކެތި ހޭދަކުރާށެވެ! އަދި އޭގެތެރޭގައި ހުރި ވިޔާނުދާ ނުބައިތަކެތި އަދި حرام ތަކެތި ހޭދަކުރުމަށް قصد ނުކުރާށެވެ! އެފަދަ ދެރަ ވިޔާނުދާ އެއްޗެއް އެހެންމީހަކު ކަލޭމެނަށްދިނަސް އެއެއް ކަލޭމެން ހިފާނީ މަދު އަދި އުނިއެއްޗެއްގެ ގޮތުގައި ދެރަވެގެން ހުރެއެވެ. އަދި ﷲ އީ އަމިއްލަ ޒާތުފުޅަށް ފުދިވޮޑިގެންވާ އަދި އެކަލާނގެ ހިންގަވާކަންކަމަށް ތާރީފާ ثناء ލިބިވޮޑިގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ!

Verse 268

ٱلشَّيْطَـٰنُ يَعِدُكُمُ ٱلْفَقْرَ وَيَأْمُرُكُم بِٱلْفَحْشَآءِ ۖ وَٱللَّهُ يَعِدُكُم مَّغْفِرَةً مِّنْهُ وَفَضْلًا ۗ وَٱللَّهُ وَٰسِعٌ عَلِيمٌ

Transliteration al-shayṭānu yaʿidukumu l-faqra wayamurukum bil-faḥshāi wal-lahu yaʿidukum maghfiratan min'hu wafaḍlan wal-lahu wāsiʿun ʿalīmun

Dhivehi އޭ މީސްތަކުންނޭވެ! ކަލޭމެން ޒަކާތްދީ صدقة ދީ އަދި މިނޫންވެސް ﷲ ގެ މަގުގައި މުދާހޭދަކުރުމުން فقير ވާނެކަމަށް ސައިޠާނު ކަލޭމެންނަށް وعد ކުރެއެވެ. އަދި އެސޮރު ކަލޭމެނަށް أمر ކުރަނީ فاحِش ކަންތައް ކުރުމަށެވެ. ﷲ އަށް އުރެދެވޭ ކަންތައްތައް ކުރުމަށެވެ. އަދި ﷲ ކަލޭމެންނަށް وعد ކުރައްވަނީ އެކަލާނގެ ކަލޭމެންނަށް ފާފަފުއްސެވުމަށާއި އަދި ކަލޭމެން އެކަލާނގެ މަގުގައި ކުރާ ހޭދަތަކަށް ގިނަގުނަ ދަރުމަޔާއި ثواب ދެއްވައި ރިޒުގު ތަނަވަސްކުރެއްވުމަށެވެ.

Verse 269

يُؤْتِى ٱلْحِكْمَةَ مَن يَشَآءُ ۚ وَمَن يُؤْتَ ٱلْحِكْمَةَ فَقَدْ أُوتِىَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ

Transliteration yu'tī l-ḥik'mata man yashāu waman yu'ta l-ḥik'mata faqad ūtiya khayran kathīran wamā yadhakkaru illā ulū l-albābi

Dhivehi އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ حكمة ދެއްވައެވެ. އެއީ ބަހާއި عمل ގައި ސީދާވުމުގެ توفيق ދެއްވުމެވެ. ނުވަތަ ނަބީކަމާއި ފޮތެވެ. ނުވަތަ قرآن އާއި فقه އެވެ. ދެންފަހެ އެމީހަކަށް حكمة ދެއްވުނު މީހަކަށް ހަމަކަށަވަރުންވެސް އެދެވުނީ ގިނަވެގެންވާ ހެވެވެ. އަދި ﷲ ގެ އާޔަތްތަކުން ބުއްދިވެރިންނޫނީ نصيحة އާ وعظ ލިބި ނުގަނެއެވެ.

Verse 270

وَمَآ أَنفَقْتُم مِّن نَّفَقَةٍ أَوْ نَذَرْتُم مِّن نَّذْرٍ فَإِنَّ ٱللَّهَ يَعْلَمُهُۥ ۗ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍ

Transliteration wamā anfaqtum min nafaqatin aw nadhartum min nadhrin fa-inna l-laha yaʿlamuhu wamā lilẓẓālimīna min anṣārin

Dhivehi އަދި ކަލޭމެން صدقة އާއި ހެޔޮކަމުގެތެރެއިން ކުރި ކޮންމެ ހޭދައެއް އަދި ނަދުރުގެތެރެއިން ކަލޭމެން ބުނި ކޮންމެ ނަދުރެއް އެއީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ކުރިކަމެއްތޯ ނުވަތަ ބަޔަކަށް ދައްކަންކުރިކަމެއްތޯ މިހުރިހާކަމެއް ﷲ ދެނެވޮޑިގަންނަވައެވެ. އަދި އަނިޔާވެރިންނަށް قيامة ދުވަހުން އެއްވެސް نصر ވެރިޔަކު ނުވެއެވެ.

Verse 271

إِن تُبْدُوا۟ ٱلصَّدَقَـٰتِ فَنِعِمَّا هِىَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا ٱلْفُقَرَآءَ فَهُوَ خَيْرٌ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّـَٔاتِكُمْ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ

Transliteration in tub'dū l-ṣadaqāti faniʿimmā hiya wa-in tukh'fūhā watu'tūhā l-fuqarāa fahuwa khayrun lakum wayukaffiru ʿankum min sayyiātikum wal-lahu bimā taʿmalūna khabīrun

Dhivehi ކަލޭމެން صدقة ދޭއިރު މީހުންނަށް އެނގޭގޮތަށް ފާޅުކޮށްދިނަސް އެއީވެސް ހަމަރަނގަޅުގޮތެކެވެ. އަދި ކަލޭމެން صدقة އަށް އެދޭ އެއްޗެއް މީހުންނަށް ނޭނގޭގޮތަށް ވަންހަނާކޮށްފައި ކޮންމެވެސް فقير ބަޔަކަށް އެއެއްޗެއްދިނުން ކަލޭމެންނަށް މާހެޔޮވެގެންވެއެވެ. މިއީ سنّة صدقة ގެ قواعد އެވެ. ސުންނަތް صدقة މޮޅުއިތުރީ ސިއްރުން ދިނުމެވެ. ނަމަވެސް فرض ޒަކާތް މޮޅުއިތުރުވެގެންވަނީ ފާޅުގައި ދިނުންކަމަށް علم ވެރިން ވިދާޅުވެއެވެ. والله أعلم. އަދި އެކަލާނގެ ކަލޭމެންގެ ފާފައިގެތެރެއިން ބައެއް ކުށްފާފަ ފުއްސަވައެވެ. އެއީ އެކަލާނގެ އެދިވޮޑިގަންނަވާ މިންވަރަކަށެވެ. އަދި ﷲ تعالى ކަލޭމެން ކުރާ ކަންތަކުގެ خبر މޮޅަށް ދެނެވޮޑިގެންވެއެވެ.

Verse 272

۞ لَّيْسَ عَلَيْكَ هُدَىٰهُمْ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۗ وَمَا تُنفِقُوا۟ مِنْ خَيْرٍ فَلِأَنفُسِكُمْ ۚ وَمَا تُنفِقُونَ إِلَّا ٱبْتِغَآءَ وَجْهِ ٱللَّهِ ۚ وَمَا تُنفِقُوا۟ مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ

Transliteration laysa ʿalayka hudāhum walākinna l-laha yahdī man yashāu wamā tunfiqū min khayrin fali-anfusikum wamā tunfiqūna illā ib'tighāa wajhi l-lahi wamā tunfiqū min khayrin yuwaffa ilaykum wa-antum lā tuẓ'lamūna

Dhivehi އޭ رَسول ﷲ އެވެ! އެމީހުންނަށް ތެދުމަގު ދެއްކެވުމަކީ ކަލޭގެފާނުންގެ واجب އެއްނޫނެވެ. އެބަހީ އެމީހުންގެ ހިތްތަކަށް ތެދުމަގު واصل ކޮށްދެއްވުން އެއީ ހަމައެކަނި ތިމަންރަސްކަލާނގެއަށް އޮތް ކަމެކެވެ. މިއީ هِداية توفيق އެވެ. رسول ބޭކަލުންނަށާއި ދަންނަމީހުންނަށް ތެދުމަގު بَيَان ކޮށްދެވޭނީއެވެ. އެއީ هِدَايَة الإرْشَاد والبَيَان އެވެ. މިވާހަކަ އަހުރެން دُرُوسٌ مِن التّوحيد ކިޔާފޮތުގައި ރަނގަޅަށް بيان ކޮށްދީފައިވާނެއެވެ. އިތުރަށް އެދޭމީހަކު އެފޮތުން ބަލާށެވެ! ދެންފަހެ ﷲ تعالى އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ތެދުމަގުދައްކަވައެވެ. ވާސިލުކޮށްދެއްވައެވެ. އަދި ހެޔޮކަމުގެތެރެއިން ކަލޭމެން ހޭދަކުރިއެއްޗެއްގެ ދަރުމަޔާއި ثواب ކަލޭމެންގެ نفس ތަކަށް ލިބޭހުއްޓެވެ. އަދި ﷲ تعالى ގެ ރުހިވޮޑިގަތުން އެދިގެން މެނުވީ ކަލޭމެން مؤمن ން صَدَقَة ނުކުރެއެވެ. ނުވަތަ صَدَقَة ނުކުރާށެވެ! އަދި އެގޮތުން ކަލޭމެން ހެޔޮގޮތުގައި ކުރާ ކޮންމެ ހޭދަޔަކަށްވެސް އޭގެ ބަރާބަރު ދަރުމަޔާއި ثواب ލިބޭހުއްޓެވެ. އަދި ކަލޭމެންނަށް އަނިޔާނުވެވޭނެއެވެ.

Verse 273

لِلْفُقَرَآءِ ٱلَّذِينَ أُحْصِرُوا۟ فِى سَبِيلِ ٱللَّهِ لَا يَسْتَطِيعُونَ ضَرْبًا فِى ٱلْأَرْضِ يَحْسَبُهُمُ ٱلْجَاهِلُ أَغْنِيَآءَ مِنَ ٱلتَّعَفُّفِ تَعْرِفُهُم بِسِيمَـٰهُمْ لَا يَسْـَٔلُونَ ٱلنَّاسَ إِلْحَافًا ۗ وَمَا تُنفِقُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ

Transliteration lil'fuqarāi alladhīna uḥ'ṣirū fī sabīli l-lahi lā yastaṭīʿūna ḍarban fī l-arḍi yaḥsabuhumu l-jāhilu aghniyāa mina l-taʿafufi taʿrifuhum bisīmāhum lā yasalūna l-nāsa il'ḥāfan wamā tunfiqū min khayrin fa-inna l-laha bihi ʿalīmun

Dhivehi ކަލޭމެން ހެޔޮގޮތުގައި ކުރާ ހޭދަ ﷲ ގެ މަގުގައި ބަންދުވެ ހިފެހެއްޓިފައިވާ فقير ންނަށް ދޭހުށިކަމެވެ! އެއީ رَسول ﷲ ﷺ ގެ އަރިހުގައި المَدِ يْنَة އަށް هجرة އަށްގޮސްތިބި فقير مُهَاجِرُ ންކަމުގައި ބައެއް ބޭކަލުން ވިދާޅުވެއެވެ. ނުވަތަ ހަނގުރާމައިގައި އުޅޭ فقير ން ކަމުގައިވެސް ބައެއް ބޭކަލުން ވިދާޅުވެއެވެ. މިދެގޮތްވެސް ހަމަ جائز އެވެ. އެމީހުންނަށް ބިމުގައި ދަތުރުފަތުރުކޮށް ﷲ ގެ فضل ވަންތަކަން ހޯދުމަށް ކުޅަދާނަނުވެއެވެ. އަދި ތަންދޮރު ނޭނގޭމީހުން ހީކުރާނީ އެމީހުންނަކީ މުއްސަނދިންކަމަށެވެ. އެއީ އެމީހުން عِفَّة ތެރިކަމުން މީހުންނާ ސަލާމްޖަހާ އާދޭސް ނުކުރާތީއެވެ. އެމީހުންނަށް ކަލޭމެން سنّة صدقة ދީ ހަދާށެވެ! އަދި ހެޔޮކަމުގެތެރެއިން ކަލޭމެން ކުރިއްޔާ ކުރި خرد އެއް ހޭދައެއް އެއެއްޗެއް ފުރިހަމައަށް ﷲ ދެނެވޮޑިގެންވެއެވެ.

Verse 274

ٱلَّذِينَ يُنفِقُونَ أَمْوَٰلَهُم بِٱلَّيْلِ وَٱلنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

Transliteration alladhīna yunfiqūna amwālahum bi-al-layli wal-nahāri sirran waʿalāniyatan falahum ajruhum ʿinda rabbihim walā khawfun ʿalayhim walā hum yaḥzanūna

Dhivehi ތިމާމެން ތިމާމެންގެ މުދާ ﷲ ގެ މަގުގައި ރޭގަނޑާއި ދުވާލު އަދި ސިއްރާއި ފައުޅުގައި ހޭދަކުރާ މީހުން (ދަންނައެވެ!) ފަހެ އެމީހުންގެ رَبّ ގެ حضرة ގައި އެމީހުންގެ ދަރުމަޔާއި ثواب ވެއެވެ. އެމީހުންނަށް قيامة ދުވަހުން ލިބޭހުއްޓެވެ. އެމީހުންނަކީ އެމީހުންގެމައްޗަށް އެދުވަހުން އެއްވެސް ބިރެއްނެތް ބައެކެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.

Verse 275

ٱلَّذِينَ يَأْكُلُونَ ٱلرِّبَوٰا۟ لَا يَقُومُونَ إِلَّا كَمَا يَقُومُ ٱلَّذِى يَتَخَبَّطُهُ ٱلشَّيْطَـٰنُ مِنَ ٱلْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوٓا۟ إِنَّمَا ٱلْبَيْعُ مِثْلُ ٱلرِّبَوٰا۟ ۗ وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ فَمَن جَآءَهُۥ مَوْعِظَةٌ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمْرُهُۥٓ إِلَى ٱللَّهِ ۖ وَمَنْ عَادَ فَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ

Transliteration alladhīna yakulūna l-riba lā yaqūmūna illā kamā yaqūmu alladhī yatakhabbaṭuhu l-shayṭānu mina l-masi dhālika bi-annahum qālū innamā l-bayʿu mith'lu l-riba wa-aḥalla l-lahu l-bayʿa waḥarrama l-riba faman jāahu mawʿiẓatun min rabbihi fa-intahā falahu mā salafa wa-amruhu ilā l-lahi waman ʿāda fa-ulāika aṣḥābu l-nāri hum fīhā khālidūna

Dhivehi ރިބާކައި ރިބާގެ مُعَامَلة ކުރާމީހުން ދަންނައެވެ! قِيَامة ދުވަހުން ކައްވަޅުތަކުން ނުކުމެގެން ސައިޠާނާ އެމީހުން ގައި ބީހުމުގެ ސަބަބުން ބޯސަކަރާތްވެ މޮޔަވެގެންވާމީހަކު ތެދުވާފަދައިން މެނުވީ އެމީހުންނަށް ނުތެދުވެވޭނެއެވެ. އެމީހުން محشر ގެ ميدان އަށް ދާނީ ވެއްޓެމުންޖެހެމުން މޮޔަޔަކު ދާފަދައިންނެވެ. އެމީހުންނަށް އެހެން އެވާންދިމާވީ ހަމަކަށަވަރުން ވިޔަފާރިއެކޭ ރިބާއެކޭ ހަމައެއްގޮތޭ އެއްފަދައޭ އެމީހުން ބުނުމުގެ ސަބަބުންނެވެ. އަދި އެކަމަކު ﷲ تعالى ވަނީ ވިޔަފާރިޔާއި ވިޔަފާރީގެ ފައިދާ حلال ކުރައްވާފައެވެ. އަދި ރިބާ حرام ކުރައްވާފައެވެ. ފަހެ އެމީހެއްގެ ގާތަށް އެމީހެއްގެ رَبّ ގެ حضرة ން نصيحة އާއި وعظ އަތުވެއްޖެމީހާ ރިބާގެ حكم އިވިއްޖެމީހާ ދެން އެއަށްފަހު އޭނާ ރިބާކެއުމާއި ރިބާގެ مُعَامَلة ހުއްޓާލައިފިއްޔާ ދެން އޭގެކުރީގައި އޭނާގެ ކިބައިން އިސްވެދިޔަ ކަންތައް ދެން އިސްވެދިޔައީއެވެ. އޭނާގެ ކަންތައް ﷲ އިރާދަކުރެއްވިގޮތަކަށް ނިންމަވައިފާނެއެވެ. އެކަމަކު އޭގެ حكم އެނގުމަށްފަހު އަލުންވެސް ރިބާގެ مُعَامَلة އަށް ވަދެގެންފިމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ އެތާނގައެވެ.

Verse 276

يَمْحَقُ ٱللَّهُ ٱلرِّبَوٰا۟ وَيُرْبِى ٱلصَّدَقَـٰتِ ۗ وَٱللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ

Transliteration yamḥaqu l-lahu l-riba wayur'bī l-ṣadaqāti wal-lahu lā yuḥibbu kulla kaffārin athīmin

Dhivehi ﷲ تعالى ރިބާގެ ފައިދާ މަދުކުރައްވާ ބަރަކާތް ކަނޑުއްވައެވެ. އަދި صَدَقَة ގެ ފައިދާ އެކަލާނގެ ގިނަކުރައްވައި ބަރަކާތްލައްވައެވެ. އަދި ކާފަރުވުންބޮޑު ފާފަކުރުންގިނަ އެއްވެސްމީހަކަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.

Verse 277

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

Transliteration inna alladhīna āmanū waʿamilū l-ṣāliḥāti wa-aqāmū l-ṣalata waātawū l-zakata lahum ajruhum ʿinda rabbihim walā khawfun ʿalayhim walā hum yaḥzanūna

Dhivehi ހަމަކަށަވަރުން އީމާންވެ صَالح عمل ކުރި މީސްތަކުން އަދި އެމީހުން ނަމާދު قائم ކޮށް އަދި ޒަކާތްދީހެދި މީހުންނަށް އެމީހުންގެ رَبُّ ގެ حضرة ގައި ދަރުމަޔާއި ثواب ހުއްޓެވެ. އަދި قيامة ދުވަހުން އެމީހުންގެ މައްޗަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނޭބަޔަކު ކަމުގައި އެމީހުން ނުވެއެވެ.

Verse 278

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَذَرُوا۟ مَا بَقِىَ مِنَ ٱلرِّبَوٰٓا۟ إِن كُنتُم مُّؤْمِنِينَ

Transliteration yāayyuhā alladhīna āmanū ittaqū l-laha wadharū mā baqiya mina l-riba in kuntum mu'minīna

Dhivehi އޭ އީމާންވެގެންވާ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ރިބާއިން އިތުރު ވެފައިވާ ތަކެތި ކަލޭމެން ދޫކޮށްލާށެވެ! ކަލޭމެންނީ مؤمن ންކަމުގައިވަންޏާއެވެ.

Verse 279

فَإِن لَّمْ تَفْعَلُوا۟ فَأْذَنُوا۟ بِحَرْبٍ مِّنَ ٱللَّهِ وَرَسُولِهِۦ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَٰلِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ

Transliteration fa-in lam tafʿalū fadhanū biḥarbin mina l-lahi warasūlihi wa-in tub'tum falakum ruūsu amwālikum lā taẓlimūna walā tuẓ'lamūna

Dhivehi އަދި ކަލޭމެން އެބައި ދޫނުކުރަންޏާ ދެން ﷲ އާއި އެކަލާނގެ رَسول އާ ގެފަރާތްޕުޅުން ހަނގުރާމައެއް އަތުވެދާނެކަމަށް ޔަޤިންކޮށްބިރުވެތިވެތި ވާހުށިކަމެވެ. އަދި ކަލޭމެން توبة ވެ إصلاح ވެއްޖެއްޔާ ދެން ކަލޭމެންނަށް ހުންނަންވާނީ، ކަލޭމެން ބޭނުންކުރަންވާނީ رَأسْمال އެވެ. أصل ކެޕިޓަލެވެ. ކަލޭމެން ދަރަންޏަށް ދިންވަރެވެ. ކަލޭމެން މީހަކަށް އަނިޔާ ނުކުރާ حال ގައެވެ. އެބަހީ ކަލޭމެން މީހަކަށް މަދުނުކޮށް އަދި އެހެންމީހަކު ކަލޭމެނަށްވެސް މަދުނުކޮށެވެ. އެބަހީ އެއްވެސްގޮތަކުން އެއްވެސް ފަރާތަކަށް ގެއްލުން ނުކޮށެވެ.

Verse 280

وَإِن كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَىٰ مَيْسَرَةٍ ۚ وَأَن تَصَدَّقُوا۟ خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ

Transliteration wa-in kāna dhū ʿus'ratin fanaẓiratun ilā maysaratin wa-an taṣaddaqū khayrun lakum in kuntum taʿlamūna

Dhivehi އަދި ކަލޭމެންއަތުން ދަރަނިގެންދިޔަމީހާއީ އަތްމަތިދަތި އަދާކުރުމަށް އުނދަގޫވެފައިވާ މީހެއްނަމަ އޭނާޔަށް ލުއިވެ ތަނަވަސްވެލަންދެން إنتطار ކޮށްލުން މުދަލުގެ ވެރިންނަށް (ދަރަނި ލިބެންވާފާރަތަށް) ހެޔޮވެގެންވެއެވެ. ނަމަވެސް ރިބާ ނުވާގޮތަށެވެ. ޕަސެންޓް އިތުރު ނުވާގޮތަށެވެ. އަދި ކަލޭމެންނަށް އޭނާ ދޭން އޮތް ދަރަނި صدقة ގެގޮތުން ކަނޑައިލުން މާހެޔޮވެގެންވެއެވެ. އެގޮތް ކަލޭމެނަށް އެނގޭނަމައެވެ.

Verse 281

وَٱتَّقُوا۟ يَوْمًا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ

Transliteration wa-ittaqū yawman tur'jaʿūna fīhi ilā l-lahi thumma tuwaffā kullu nafsin mā kasabat wahum lā yuẓ'lamūna

Dhivehi އޭ މީސްތަކުންނޭވެ! އެދުވަހެއްގައި ކަލޭމެން އެންމެން ﷲ ގެ حضرة އަށް رُجُوعَ ވެ އަދި ކޮންމެ މީހަކަށްމެ އެމީހަކު ދުނިޔޭގައި ހުރެގެން ކުރި عمل ތަކަށް ހެޔޮވިއްޔާ ހެޔޮކޮށް ނުބައިވިއްޔާ ނުބައިކޮށް ފުރިހަމަ ބަރާބަރު ޖަޒާދެއްވޭ ދުވަހަކަށް - އެބަހީ قيامة ދުވަހަށް ކަލޭމެން ބިރުވެތިވާށެވެ! އަދި އެއްވެސް نفس އަކަށް އަނިޔާ ނުވެވޭނެއެވެ. - ނުގަވާއިދުން އަދަބެއް ނުލިބޭނެއެވެ. * ދަންނައެވެ! عامّ ކޮށް ގިނަ مفسّر ން ވިދާޅުވާގޮތުގައި މިއާޔަތަކީ قرآن ން އެންމެފަހުން ބާވައިލެއްވުނު އާޔަތެވެ. ދެންފަހެ މިސޫރަތް ފެށޭތާނގައި وحي ކުރައްވާފައިއެވާ هُدًى لِلْمُتَّقِيْنَ މިއާޔަތާއި މިދެއާޔަތުގައި ހުރި ގުޅުމާއި رَبْطُ ގެ މައްޗަށް ބަލައިލި ކޮންމެ މީހަކުވެސް قرآن ގެ مقصد އާއިމެދު عجائب ވާފަދައެވެ. ސޫރަތް ފެށޭތާ އެ އަންގަވަނީ މިފޮތަކީ تقوى ވެރިންނަށްވާ ތެދުމަގެއް ކަމުގައެވެ. ﷲ އަށް ބިރުވެތިވާމީހުންނަށްވާ ތެދުމަގެއްކަމުގައެވެ. ތިމާއީ އިސްލާމެކޭ ކިޔަސް މީހާގައި تقوى ވެރިކަމެއްނެތް މީހަކަށް މިފޮތުން ތެދުމަގު ނުލިބޭނެއެވެ. އެކަމަށް ބިރުގަންނަވައި قرآن ގައި އެންމެފަހުން ބާވައިލެއްވި އާޔަތުގައި އެވަނީ تقوى ވެރިވުމަށް أمر ކުރައްވާފައެވެ. ވީމާ قرآن މިއެދެނީ މީހާގެ نفس إصلاح ކޮށް تقوى ވެރިވެ قيامة ދުވަސް އައުމުގެ ކުރިން ﷲ ގެ حضرة އަށް ދިއުމަށް ތައްޔާރުވުމެވެ. އެއީ ﷲ ގެ أمر ތަކަށް ކިޔަމަންވެ އެކަލާނގެ ނަހީކުރެއްވި ކަންތަކުން ދުރުވެގަނެގެންނެވެ. تقوى ގެ حقيقة އަކީ އެއީއެވެ.

Verse 282

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَدَايَنتُم بِدَيْنٍ إِلَىٰٓ أَجَلٍ مُّسَمًّى فَٱكْتُبُوهُ ۚ وَلْيَكْتُب بَّيْنَكُمْ كَاتِبٌۢ بِٱلْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَن يَكْتُبَ كَمَا عَلَّمَهُ ٱللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ ٱلَّذِى عَلَيْهِ ٱلْحَقُّ وَلْيَتَّقِ ٱللَّهَ رَبَّهُۥ وَلَا يَبْخَسْ مِنْهُ شَيْـًٔا ۚ فَإِن كَانَ ٱلَّذِى عَلَيْهِ ٱلْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُۥ بِٱلْعَدْلِ ۚ وَٱسْتَشْهِدُوا۟ شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَٱمْرَأَتَانِ مِمَّن تَرْضَوْنَ مِنَ ٱلشُّهَدَآءِ أَن تَضِلَّ إِحْدَىٰهُمَا فَتُذَكِّرَ إِحْدَىٰهُمَا ٱلْأُخْرَىٰ ۚ وَلَا يَأْبَ ٱلشُّهَدَآءُ إِذَا مَا دُعُوا۟ ۚ وَلَا تَسْـَٔمُوٓا۟ أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰٓ أَجَلِهِۦ ۚ ذَٰلِكُمْ أَقْسَطُ عِندَ ٱللَّهِ وَأَقْوَمُ لِلشَّهَـٰدَةِ وَأَدْنَىٰٓ أَلَّا تَرْتَابُوٓا۟ ۖ إِلَّآ أَن تَكُونَ تِجَـٰرَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوٓا۟ إِذَا تَبَايَعْتُمْ ۚ وَلَا يُضَآرَّ كَاتِبٌ وَلَا شَهِيدٌ ۚ وَإِن تَفْعَلُوا۟ فَإِنَّهُۥ فُسُوقٌۢ بِكُمْ ۗ وَٱتَّقُوا۟ ٱللَّهَ ۖ وَيُعَلِّمُكُمُ ٱللَّهُ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ

Transliteration yāayyuhā alladhīna āmanū idhā tadāyantum bidaynin ilā ajalin musamman fa-uk'tubūhu walyaktub baynakum kātibun bil-ʿadli walā yaba kātibun an yaktuba kamā ʿallamahu l-lahu falyaktub walyum'lili alladhī ʿalayhi l-ḥaqu walyattaqi l-laha rabbahu walā yabkhas min'hu shayan fa-in kāna alladhī ʿalayhi l-ḥaqu safīhan aw ḍaʿīfan aw lā yastaṭīʿu an yumilla huwa falyum'lil waliyyuhu bil-ʿadli wa-is'tashhidū shahīdayni min rijālikum fa-in lam yakūnā rajulayni farajulun wa-im'ra-atāni mimman tarḍawna mina l-shuhadāi an taḍilla iḥ'dāhumā fatudhakkira iḥ'dāhumā l-ukh'rā walā yaba l-shuhadāu idhā mā duʿū walā tasamū an taktubūhu ṣaghīran aw kabīran ilā ajalihi dhālikum aqsaṭu ʿinda l-lahi wa-aqwamu lilshahādati wa-adnā allā tartābū illā an takūna tijāratan ḥāḍiratan tudīrūnahā baynakum falaysa ʿalaykum junāḥun allā taktubūhā wa-ashhidū idhā tabāyaʿtum walā yuḍārra kātibun walā shahīdun wa-in tafʿalū fa-innahu fusūqun bikum wa-ittaqū l-laha wayuʿallimukumu l-lahu wal-lahu bikulli shayin ʿalīmun

Dhivehi އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަނޑައެޅި عَيَّن ވެގެންވާ ވަކި مُدَّة އަކަށް ކަލޭމެން ދެފަރާތަކުން ދަރަންޏެއްނަގައި ދަރަނީގެ مُعَامَلة ހިންގަންޏާ ފަހެ އެދަރަނީގެ ކަންތައް ލިޔާށެވެ! އެގްރީމެންޓް ރަނގަޅަށް ލިޔާށެވެ! ކަލޭމެންގެމެދުގައި عدل ވެރިގޮތަށް ކާތިބަކު ލައްވައި ލިޔާށެވެ! އަދި ކާތިބުމީހާ އޭނާޔަށް ﷲ އުގަންނަވައިދެއްވިފަދައަކުން އެކަމަށް މަނާވެ ނުގަނެ ރަނގަޅަށް ލިޔާށެވެ! އަދި އެމީހެއްގެމައްޗަށް حقّ އޮތްމީހާ އެބަހީ ދަރަނިގެންދާމީހާ عِبَارة ކިޔައިދޭށެވެ! އޭނާ އެކިޔައިދިނުމުގައި ﷲ އަށް تقوى ވެރިވެހުރެ ކިޔައިދޭށެވެ! އެއިން އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް އުނިއިތުރު ނުކުރާށެވެ! ދެންފަހެ އެމީހެއްމައްޗަށް حقّ އޮތްމީހާއަކީ އެބަހީ عبارة ކިޔައިދޭ މީހާއަކީ ދެއުޅިއެއްނުވާ جاهل މީހަކުނަމަ ނުވަތަ މުސްކުޅިވެ ضعيف ވެފައިވާމީހެއްނަމަ އަދި ނުވަތަ ކުޑަކުއްޖެއްނަމަ ނުވަތަ އަމިއްލައަށް عبارة ކިއުމަށް ކުޅަދާނަ ނުވާމީހެއްނަމަ އެފަދަމީހުންގެ ފަރާތުން އެމީހެއްގެ ވަލީވެރިޔާ عبارة ކިޔައިދޭށެވެ! عدل ވެރިކޮށް އެކަން އޭނާކުރާ ހުށިކަމެވެ! އަދި ކަލޭމެންކުރެ ފިރިހެނުންގެ ތެރެއިން ދެހެކިންލައި އެލިއުން އެއީ ރަނގަޅު ލިއުމެއްކަމަށް ހެކިކުރުވާށެވެ! ދެފިރިހެނުން ނެތިއްޔާ އެއްފިރިހެނަކާއި ދެން ހެކިބަހަށް ކަލޭމެން ރުހޭ ދީންވެރި عدل ވެރި އަންހެނުންކުރެ ދެއަންހެނުންލާށެވެ! އެހެނީ ހެކިބަސް އަދާކުރަންވާ ވަގުތު އެއިން އެއްއަންހެނަކު އެއިން ތަންކޮޅެއް ހަނދާންނެތި ދާނެއެވެ. ދެން އަދި އަނެއްމީހާ ހަނދާންވެދާނެއެވެ. ދެން އަދި ހެކިބަސް އަދާކުރުމަށް ހެކިވެރިންނަށް ގޮވިއްޖެއްޔާ އެމީހުން އެކަމުން މަނާވެނުގަތުން ހުއްޓެވެ. ހެކިބަސް އަދާކުރަން ދިއުމަކީ واجب ކަމެކެވެ. އަދި ކިތައްމެ ކުޑައެއްޗެއްކަމުގައިވިޔަސް އަދި ނުވަތަ ބޮޑުއެއްޗެއްކަމުގައިވިޔަސް އެކަނޑައެޅިގެންވާ މުއްދަތަކަށް ލިއުމަށް ކަލޭމެން ފޫހިނުވާށެވެ! އެގޮތް ﷲ ގެ حضرة ގައި عدل ވެރިކަން ބޮޑުވެފައި އަދި ހެކިބަސް އަދާކުރުމުގައި ސީދާކަންބޮޑުވެފައި އަދި ޝައްކު ނުވުމާއި ގާތްކަންބޮޑުވާނެއެވެ. އަދި އެހެންނަމަވެސް ކަލޭމެންގެމެދުގައި އަތުންއަތަށް ހަމަމިހާރުން މިހާރަށް ހިނގާ ވިޔަފާރިއެއްނަމަ އެއެއްޗެއް ނުލިއުމަކުން ކަލޭމެންގެމައްޗަކަށް ކުށެއްނެތެވެ. ދެން އަދި ކަލޭމެން ގަނެވިއްކަންޏާ އެބަހީ ވިޔަފާރިކުރަންޏާ ހެކިކުރުވާށެވެ! (ނަމަވެސް މިއަމުރުފުޅަކީ واجب އެއްނޫންކަމަށް علم ވެރިން ވިދާޅުވެއެވެ. އެހެންނަމަވެސް މޮޅުއިތުރު ރަނގަޅުގޮތަކީ އެއީއެވެ. والله أعلم) އަދި ކާބިތަކަށްވެސް އަދި ހެކިވެރިއަކަށްވެސް އެއްވެސް ގޮތަކުން އުނދަގޫކުރުމެއްނެތެވެ. އެދެމީހުންކުރެ އެކަކުވެސް އެމީހުން އެހެންކަމަކާ مشغول ވެގެން އާދެވެން ނެތް ވަގުތެއްގައި އެމީހުނަށް އައުމަށް مجبور ކޮށް އުނދަގޫ ނުކުރާށެވެ! އަދި އެހެންގޮތްގޮތަށްވެސް މިބަސްފުޅާމެދު ވާހަކަ ދެކެވިފައިވެއެވެ. ނަމަވެސް އެންމެރަނގަޅު رَأى އަކީ މިހާރު ލިޔެވިފައިވާގޮތެވެ. والله أعلم. އަދި ކަލޭމެން އެފަދަ ކަންތައްކޮށްފިއްޔާ އެބަހީ މިއެންގެވި އަމުރުފުޅުތަކާއި خلاف ވެއްޖެއްޔާ އެއީ ކަލޭމެންގެ فَاسق ކަމެވެ. ﷲ ގެ ކިޔަމަނުން ނުކުތުމެވެ. އަދި ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އޭރުން ﷲ تعالى ކަލޭމެނަށް އުގަންނަވައިދެއްވާނެއެވެ. އަދި ކޮންމެއެއްޗެއް އަދި ކޮންމެކަމެއް ﷲ ދެނެވޮޑިގެންވެއެވެ. ދަންނައެވެ. މިއާޔަތުގައި މިވާ އެކިއެކި ނުގުތާތަކަށް ވަރަށް تفصيل ވާހަކަތަކާއި إختلاف ވެއެވެ. މިފޮތަކީ އެކަމުގެ ފޮތެއްނޫނެވެ. އެހެންވެ އެ تفصيل އަށް ނުވަދެ އިހަށް ކުރުކޮށްލީއެވެ. މިހާރު بيان ވެފައިވާވަރުވެސް ފުދޭވަރުވެއެވެ. والله أعلم.

Verse 283

۞ وَإِن كُنتُمْ عَلَىٰ سَفَرٍ وَلَمْ تَجِدُوا۟ كَاتِبًا فَرِهَـٰنٌ مَّقْبُوضَةٌ ۖ فَإِنْ أَمِنَ بَعْضُكُم بَعْضًا فَلْيُؤَدِّ ٱلَّذِى ٱؤْتُمِنَ أَمَـٰنَتَهُۥ وَلْيَتَّقِ ٱللَّهَ رَبَّهُۥ ۗ وَلَا تَكْتُمُوا۟ ٱلشَّهَـٰدَةَ ۚ وَمَن يَكْتُمْهَا فَإِنَّهُۥٓ ءَاثِمٌ قَلْبُهُۥ ۗ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ

Transliteration wa-in kuntum ʿalā safarin walam tajidū kātiban farihānun maqbūḍatun fa-in amina baʿḍukum baʿḍan falyu-addi alladhī u'tumina amānatahu walyattaqi l-laha rabbahu walā taktumū l-shahādata waman yaktum'hā fa-innahu āthimun qalbuhu wal-lahu bimā taʿmalūna ʿalīmun

Dhivehi އަދި ކަލޭމެން ދަތުރެއްގައި ވެފައި ދެން ލިޔެދޭނެ ކާތިބަކު ނުލިބިއްޖެއްޔާ ދެން ދަރަނި ނަގާފައި رَهْن ން އެއްޗެއް ބާއްވާށެވެ! އަދި ކަލޭމެން އެކަކުމައްޗަށް އަނެކަކު އަމާންވެ އިތުބާރުކޮށްފިއްޔާ (ދެން ކޮންމެހެން ލިޔާނެކަމެއްވެސް އަދި ހެކި ކުރުވާނެކަމެއްވެސްނެތެވެ.) ދެން އޭރުން އަމާނާތް އެކުރެވުނުމީހާ އޭނާ އަމާނާތް އަދާކުރާހުށިކަމެވެ. އެބަހީ ދަރަންޏަށް ނެގިމީހާ އަމާނާތްތެރިކަމާއެކު އޭނާ ނެގި ދަރަނި އަދާކުރާށެވެ! އަދި އެކަމުގައި އޭނާގެ رَبّ ކަމުގައިވާ ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ހެކިދޭމީހުން ހެކިބަސް ވަންހަނާ ނުކުރާހުށިކަމެވެ! އަދި ހެކިބަސް ވަންހަނާކޮށްފި މީހަކީ ހަމަކަށަވަރުންވެސް އެމީހާގެ ހިތް ފާފަވެގެންވާމީހެކެވެ. އަދި ކަލޭމެންކުރާ ކަންތައްތައް ﷲ ދެނެވޮޑިގެންވެއެވެ.

Verse 284

لِّلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِن تُبْدُوا۟ مَا فِىٓ أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ ٱللَّهُ ۖ فَيَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration lillahi mā fī l-samāwāti wamā fī l-arḍi wa-in tub'dū mā fī anfusikum aw tukh'fūhu yuḥāsib'kum bihi l-lahu fayaghfiru liman yashāu wayuʿadhibu man yashāu wal-lahu ʿalā kulli shayin qadīrun

Dhivehi އުޑުތަކާއި ބިމުގައިވާހާ އެއްޗެއް خَاصّ ވެ مِلْكُ ވެގެންވަނީ ﷲ އަށެވެ. އެއީ އެކަލާނގެ އެއްޗެއްސެވެ. އަދި ކަލޭމެންގެ ހިތްތަކުގައިވާތަކެތި ފާޅުކޮށް ހާމަކުރިޔަސް އަދި ނުވަތަ އެތަކެތި ވަންހަނާކުރިޔަސް ސިއްރުކުރިޔަސް ﷲ އެއެއްޗެއް ރަނގަޅަށް ދެނެވޮޑިގެންވެއެވެ. އަދި ﷲ ކަލޭމެންނަށް އެތަކެތި ހިސާބުކުރައްވާނެތެވެ. ހެއުއެއްޗަކަށްވިއްޔާ ހެޔޮޖަޒާ އަދި ނުބައި އެއްޗަކަށްވިއްޔާ ނުބައި ޖަޒާ ދެއްވައިފާނެއެވެ. ދެން އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ފާފަފުއްސަވާފާނެއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް عَذاب ދެއްވައިފާނެއެވެ. އަދި ކޮންމެކަމެއްގެ މައްޗަށް ﷲ ކުޅަދުންވަތަވެވޮޑިގަންނަވައެވެ.

Verse 285

ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَـٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ

Transliteration āmana l-rasūlu bimā unzila ilayhi min rabbihi wal-mu'minūna kullun āmana bil-lahi wamalāikatihi wakutubihi warusulihi lā nufarriqu bayna aḥadin min rusulihi waqālū samiʿ'nā wa-aṭaʿnā ghuf'rānaka rabbanā wa-ilayka l-maṣīru

Dhivehi އަދި رَسُول އާ އެކަލޭގެފާނުންގެ رَبّ ގެ حضرة ން އެކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗަށް އީމާންވެވަޑައިގަންނަވައިފިއެވެ. އަދިمؤمن ންވެސް އީމާންވެއްޖެއެވެ. އެހުރިހާ ބޭކަލުން ﷲ އަށާއި އެކަލާނގެ މަލާއިކަތްބޭކަލުންނަށާއި އެކަލާނގެ ފޮތްތަކަށާއި އަދި އެކަލާނގެ ފޮނުއްވި رَسول ބޭކަލުންނަށް އީމާންވެވަޑައިގެންފިއެވެ. އަދި އެބޭކަލުން ވިދާޅުވެއެވެ. رَسُول ބޭކަލެއްގެ حَيْثِيَّة ން އެއިން އެއްވެސް ބޭކަލަކު އަހުރެމެން ތަފާތުކޮށް فرق ކޮށް ނުހަދާނަމެވެ. އެހުރިހާ ބޭކަލުންނަށްވެސް އަހުރެމެން އީމާންވަމުއެވެ. އަދި އެބޭކަލުން ދެންނެވިއެވެ. އަޅަމެން އަހައިފީމުއެވެ. އަދި އަޅަމެން ކިޔަމަންތެރިވެއްޖައީމުއެވެ. އޭ އަޅަމެންގެ رَبّ އެވެ. އިބަރަސްކަލާނގެ އަޅަމެންގެ ފާފަފުއްސަވާނދޭވެ! އަދި އެނބުރި ދިއުންވަނީ އިބަރަސްކަލާނގެ حضرة އަށެވެ.

Verse 286

لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا ٱكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَآ إِصْرًا كَمَا حَمَلْتَهُۥ عَلَى ٱلَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِۦ ۖ وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ ۚ أَنتَ مَوْلَىٰنَا فَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ

Transliteration lā yukallifu l-lahu nafsan illā wus'ʿahā lahā mā kasabat waʿalayhā mā ik'tasabat rabbanā lā tuākhidh'nā in nasīnā aw akhṭanā rabbanā walā taḥmil ʿalaynā iṣ'ran kamā ḥamaltahu ʿalā alladhīna min qablinā rabbanā walā tuḥammil'nā mā lā ṭāqata lanā bihi wa-uʿ'fu ʿannā wa-igh'fir lanā wa-ir'ḥamnā anta mawlānā fa-unṣur'nā ʿalā l-qawmi l-kāfirīna

Dhivehi ﷲ تعالى އެއްވެސް نفس އަކަށް އެ نفس އަށް އުފުލޭފަދަ تكليف އެއްނޫނީ ނުޖައްސަވައެވެ. އަދި އެ نفس އެއް ކުރިހެޔޮކަމެއްގެ ދަރުމަޔާ ސަވާބު އެ نفس އަކަށް قيامة ދުވަހުން ލިބޭހުއްޓެވެ. އަދި އެ نفس އެއް ކުރި ނުބައި عمل ގެ ނުބައި ޖަޒާވެސް އެ نفس އަކަށްވެއެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެން ހަނދާންނެތިގެން ކުރެވޭ ކުށަށް ނުވަތަ އޮޅުމަކުން އަޅަމެންނަށް ނޭނގިގެން ކުރެވޭ ކުށަށް އަޅަމެންނަށް عُقُوبة ނުދެއްވާނދޭވެ! އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ ކުރީ އިސްވެދިޔަ މީސްތަކުންނަށް އިބަރަސްކަލާނގެ ޖެއްސެވިފަދަ އުނދަގޫ تكليف އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އެފަދަ ހަރުކަށި އުނދަގޫ ބުރަ އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދިއެއްވެސް ގޮތަކުން އަޅަމެނަށް އުފުލުމަށް ކުޅަދާނަ ނުވާފަދަ ބުރައެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި އަޅަމެނަށް عفو ކުރައްވާނދޭވެ! އަދި އަޅަމެންގެ ފާފަތައް އަޅަމެންނަށް ފުއްސަވައިދެއްވާނދޭވެ! އަދި އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ ސަހަރޯވެރި ރަސްކަލާނގެއެވެ. އަދި ކާފަރުވީ މީސްތަކުންގެމައްޗަށް އިބަރަސްކަލާނގެ އަޅަމެންނަށް نصر ދެއްވާނދޭވެ!

Read Surah Al-Baqarah in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.