MyDugsiStart learning

Surah At-Tahrim in Dhivehi: translation and audio

Surah 66 · التحريم · The Prohibition · 12 verses

Surah At-Tahrim verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah At-Tahrim word by word in English.

Verse 1

يَـٰٓأَيُّهَا ٱلنَّبِىُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ ۖ تَبْتَغِى مَرْضَاتَ أَزْوَٰجِكَ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

Transliteration yāayyuhā l-nabiyu lima tuḥarrimu mā aḥalla l-lahu laka tabtaghī marḍāta azwājika wal-lahu ghafūrun raḥīmun

Dhivehi އޭ نَبِي އާއެވެ! އަނބިއަނބިކަނބަލުން ރުއްސެވުމުގެ ގޮތުން اللَّهُ ކަލޭގެފާނަށް حَلَال ކުރައްވާފައިވާ ތަކެތި حَرَام ކުރައްވަނީ ކީއްވެތޯއެވެ؟ އަދި اللَّهُ އީ ގިނަގިނައިން ފާފަ ފުއްސަވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

Verse 2

قَدْ فَرَضَ ٱللَّهُ لَكُمْ تَحِلَّةَ أَيْمَـٰنِكُمْ ۚ وَٱللَّهُ مَوْلَىٰكُمْ ۖ وَهُوَ ٱلْعَلِيمُ ٱلْحَكِيمُ

Transliteration qad faraḍa l-lahu lakum taḥillata aymānikum wal-lahu mawlākum wahuwa l-ʿalīmu l-ḥakīmu

Dhivehi އަދި ކަލޭމެންގެ ހުވައިން حَلَال ވެގަނެވޭ ގޮތް اللَّهُ ކަލޭމެންނަށް شَرُع ކޮށްދެއްވައިފިއެވެ. ކަނޑައަޅުއްވައި ދެއްވައިފިއެވެ. (އެއީ مَائِدَة سُورَة ގެ 89 ވަނަ އާޔަތުގައިވާ ފަދައިންނެވެ.) އަދި اللَّهُ އީ ކަލޭމެންގެ ވެރިޔާއެވެ. ސަހަރޯވެރިޔާއެވެ. އެކަލާނގެއީ އަޅުތަކުންގެ އެންމެހާ ކަންތައް ދެނެވޮޑިގެންވާ حِكْمَة ވަންތަ ކަލާނގެއެވެ.

Verse 3

وَإِذْ أَسَرَّ ٱلنَّبِىُّ إِلَىٰ بَعْضِ أَزْوَٰجِهِۦ حَدِيثًا فَلَمَّا نَبَّأَتْ بِهِۦ وَأَظْهَرَهُ ٱللَّهُ عَلَيْهِ عَرَّفَ بَعْضَهُۥ وَأَعْرَضَ عَنۢ بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِۦ قَالَتْ مَنْ أَنۢبَأَكَ هَـٰذَا ۖ قَالَ نَبَّأَنِىَ ٱلْعَلِيمُ ٱلْخَبِيرُ

Transliteration wa-idh asarra l-nabiyu ilā baʿḍi azwājihi ḥadīthan falammā nabba-at bihi wa-aẓharahu l-lahu ʿalayhi ʿarrafa baʿḍahu wa-aʿraḍa ʿan baʿḍin falammā nabba-ahā bihi qālat man anba-aka hādhā qāla nabba-aniya l-ʿalīmu l-khabīru

Dhivehi އަދި نَبِيُّ اللَّهِ ﷺ އެކަލޭގެފާނުގެ ބައެއް އަނބިއަނބިކަނބަލުންގެ އަރިހު ވާހަކައެއް ސިއްރުކުރެއްވިހިނދު ދެން އެކަމަނާ އެވާހަކަ އެހެން ބޭކަނބަލަކަށް خَبَر ކުރެއްވުމުން އެކަމުގެ خَبَر (އެބަހީ އެ خَبَر ކުރެއްވުމުގެ خَبَر) ދެއްވުމުން، اللَّهُ تَعَالَى އެކަން އެކަލޭގެފާނަށް އަންގަވައި ފައުޅުކުރައްވައިފިއެވެ. ދެން އެކަލޭގެފާނު (އެ އަނބިކަނބަލުންނަށް) އޭގެ ބައެއް ވާހަކަ އަންގަވައި، އަދި އަނެއްބައި ވާހަކަ ނާންގަވައި ވަންހަނާ ކުރައްވައިފިއެވެ. ދެން އެކަލޭގެފާނު އެވާހަކަ އެކަމަނާއަށް އެންގެވުމުން އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަށް ތިޔަ خَبَر އެންގެވީ ކާކުތޯއެވެ. އެކަލޭގެފާނު حَدِيْث ކުރެއްވިއެވެ. އަހުރެންނަށް އެ خَبَر ދެއްވީ އެންމެހާ ކަންތައް ދެނެވޮޑިގެންވާ خَبَر ދެއްވާ ކަލާނގެއެވެ.\nދަންނައެވެ. މި އާޔަތްތައް ބާވައިލެއްވުމުގެ މުނާސަބަތު ދެތިންގޮތަކަށް تَفْسِيْرُ عِلْم ވެރިން بَيَان ކުރައްވާފައިވެއެވެ. އޭގެތެރެއިން އެންމެ مَشْهُوْر ގޮތް ދާދި ކުޑަކޮށް ނަކަލު ކޮށްލަމެވެ. نَبِي އާ އާއި އެކަލޭގެފާނުގެ ބައެއް އަނބިއަނބިކަނބަލުންގެ މެދުގައި ހިނގައިދިޔަ ކަމަކަށްވާތީ އެފަރާތްތަކަށް އެކަށީގެންނުވާ ކުށްބަހެއް ބުނެވިއްޖެނަމަ اللَّهُ ގެ حَضْرَة ން ހާސް ފަށުން عَفُوْء އާއި مَغْفِرَة އަށް އެދޭ حَال ގައެވެ. އެވާހަކައިގެ خُلاَصَة އަކީ: [މާތް اللَّهُ އެކަމަނާއަށް ރުއްސުންލެއްވި حَفْصَة ގެފާނުންގެ ދާންމަތިކޮޅުގައި رَسُوْل ﷲ ﷺ އެކަލޭގެފާނުގެ ޖާރިޔާ مَارِيَةُ الْقِبْطِيَّة އާއިއެކު އެއްދާންކުރެއްވި ކަމުގައިވިއެވެ. އެދުވަހަކީ حَفْصَة ގެފާނުންގެ އަރިހުގައި رَسُوْل ﷲ ﷺ އޮންނެވުމަށް ކަނޑައެޅިފައިވާ ދުވަސްކަމުގައިވިއެވެ. ދެން އެކަމަނާ ވަޑައިގެން އެކަމާ ރުހިވަޑައިނުގަންނަވައިގެން އެކަމުގެ ބަސްފުޅެއް ވިދާޅުވުމުން އެކަމަނާގެ ހިތްޕުޅު ހަމަޖެއްސެވުމަށްޓަކައި ދުވަހަކުވެސް ދެން مَارِيَةُ الْقِبْطِيَّة ގެ އަރިހަށް ވަޑައިނުގަތުމަށް رَسُوْل ﷲ ﷺ ހުވައި ކުރެއްވިއެވެ. އަދި އެވާހަކަ އެހެން މީހަކު ގާތު ވިދާޅުނުވާށޭވެސް حَدِيْث ކުރެއްވިއެވެ. އެކަމަކު އެވާހަކަ މާތް اللَّهُ ރުއްސުން ލެއްވި عَائِشَة ގެފާނަށް حَفْصَة ގެފާނު ވިދާޅުވެދެއްވައިފިއެވެ. އެއާއި ވިދިގެން اللَّهُ سُبْحَانَهُ وَتَعَالَى އެކަމުގެ خَبَر رَسُوْل ﷲ ﷺ އަށް އަންގަވައިފިއެވެ. ދެން އެކަލޭގެފާނު އެ حَفْصَة ގެފާނަށް އެ وَحِي ގެ ބައެއް ވާހަކަ އަންގަވައި އަނެއްބައިވާހަކަ ވަންހަނާ ކުރެއްވިއެވެ. ދެން حَفْصَة ގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ތިޔަ خَبَر ދެއްވީ ކާކުތޯއެވެ؟ އެކަލޭގެފާނު حَدِيْث ކުރެއްވިއެވެ. އަހުރެންނަށް އެ خَبَر ދެއްވީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ އަދި خَبَر ދެއްވާ ކަލާނގެއެވެ.] އެވާހަކައިގެ خُلاَصَة މި بَيَان ވެ ދިޔައީއެވެ. މިއީ ގިނަ عِلْم ވެރިންގެ رَأْي އެވެ. އަދި މި ނޫން ގޮތްގޮތަށްވެސް މިކަމުގެ ސަބަބު ރިވާވެގެން ވެއެވެ. وَاللَّهُ أَعْلَمُ بِالصَّوابِ

Verse 4

إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَـٰهَرَا عَلَيْهِ فَإِنَّ ٱللَّهَ هُوَ مَوْلَىٰهُ وَجِبْرِيلُ وَصَـٰلِحُ ٱلْمُؤْمِنِينَ ۖ وَٱلْمَلَـٰٓئِكَةُ بَعْدَ ذَٰلِكَ ظَهِيرٌ

Transliteration in tatūbā ilā l-lahi faqad ṣaghat qulūbukumā wa-in taẓāharā ʿalayhi fa-inna l-laha huwa mawlāhu wajib'rīlu waṣāliḥu l-mu'minīna wal-malāikatu baʿda dhālika ẓahīrun

Dhivehi (حَفْصَة ގެފާނާއި عَائِشَة ގެފާނާއި) ތިޔައިގެ ދެކަނބަލުން اللَّهُ އަށް تَوْبَة ވެ ވަޑައިގެންފިއްޔާ (اللَّهُ ތިޔަ ދެކަނބަލުންގެ تَوْبَة قَبُوْل ކުރައްވާނެއެވެ.) ހަމަކަށަވަރުން ތިޔަ ދެކަނބަލުންގެ ހިތްޕުޅު حَقّ ގޮތް ފިޔަވައި ލެނބިއްޖެއެވެ. އަދި ތިޔައިގެ ދެކަނބަލުން - رَسُوْل ﷲ ﷺ ރުހިވަޑައިނުގަންނަވާ ކަންކަމުގައި - އެކަކު އަނެކަކާ އެހީވިޔަސް އެކަލޭގެފާނަކަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. އެހެނީ ހަމަކަށަވަރުން اللَّهُ އީ އެކަލޭގެފާނުގެ ސަހަރޯވެރިޔާއެވެ. އަދި جِبْرِيْلُ عَلَيْهِ السَّلَام އާއި مُؤْمِن ންގެ صَالِح މާތް ބޭބޭކަލުންނެވެ. أَبُوْبَكْر ގެފާނާއި عُمَر ގެފާނުފަދަ މާތް صَالِح ންނެވެ. ދެން އެއަށްފަހު އެންމެހާ مَلَائِكَة ބޭކަލުން އެކަލޭގެފާނަށް نَصْر ދެއްވާ އެހީތެރިވެވަޑައިގަންނަވާނެއެވެ.

Verse 5

عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبْدِلَهُۥٓ أَزْوَٰجًا خَيْرًا مِّنكُنَّ مُسْلِمَـٰتٍ مُّؤْمِنَـٰتٍ قَـٰنِتَـٰتٍ تَـٰٓئِبَـٰتٍ عَـٰبِدَٰتٍ سَـٰٓئِحَـٰتٍ ثَيِّبَـٰتٍ وَأَبْكَارًا

Transliteration ʿasā rabbuhu in ṭallaqakunna an yub'dilahu azwājan khayran minkunna mus'limātin mu'minātin qānitātin tāibātin ʿābidātin sāiḥātin thayyibātin wa-abkāran

Dhivehi އެކަލޭގެފާނު ތިޔަކަނބަލުން ވަރިކުރައްވައިފިއްޔާ ތިޔަކަނބަލުންނަށްވުރެ މާ ހެޔޮ ކަނބަލުންތަކެއް އަނބީންގެ ގޮތުގައި اللَّهُ تَعَالَى އެކަލޭގެފާނަށް ދެއްވައިފާނެއެވެ. އަދި އެދެއްވާކަނބަލުންނަކީ اللَّهُ ގެ أَمْر ފުޅުތަކަށް ކިޔަމަންތެރިވެވަޑައިގަންނަވާ، ތެދުވެރި، ކިޔަމަންތެރި، ފާފައަށް تَوْبَة ވެވަޑައިގަންނަވާ، އަޅުވެތި އަދި ރޯދަފުޅު ހިއްޕަވާ ثَيِّب ންނާއި بِكْر ވެރިންކަމުގައިވާނެއެވެ. (ثَيِّب ންނަކީ صَحّ ކައިވެންޏެއްގައި جِمَاعُ ވެވިފައިވާ އަންހެނުންނެވެ. بِكْر ވެރިންނަކީ އަދި އެހާތަނަށް جِمَاعُ ނުވެ ތިބި އަންހެނުންނެވެ.

Verse 6

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَـٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

Transliteration yāayyuhā alladhīna āmanū qū anfusakum wa-ahlīkum nāran waqūduhā l-nāsu wal-ḥijāratu ʿalayhā malāikatun ghilāẓun shidādun lā yaʿṣūna l-laha mā amarahum wayafʿalūna mā yu'marūna

Dhivehi އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ نَفْس ތަކާއި އަދި ތިޔަބައިމީހުންގެ أَهْل ވެރިން (އަނބިދަރިން) ނަރަކައިން ސަލާމަތްކުރާށެވެ. އެއީ ތިޔަބައިމީހުންނަށް އެކަލާނގެ أَمْر ކުރެއްވި ކަންތައް ކޮށް އަދި نَهِي ކުރެއްވި ކަންތަކުން ދުރުވެގަނެގެންނެވެ. އަދި أَهْل ވެރިންނަށްވެސް اللَّهُ އަށް ކިޔަމަންތެރިވުމަށް أَمْر ކޮށް އެކަލާނގެ އަށް އުރެދެވޭ ކަންތަކުން ދުރުވެގަތުމަށް أَمْر ކޮށްގެންނެވެ.) އެހެނީ އެ ނަރަކައިގެ ދަރަކީ މީސްތަކުންނާއި ހިލައެވެ. އެނަރަކައިގެ މައްޗަށް ވެރިކުރެއްވިގެންވާ زَبَانِيَّة مَلَائِكَة ބޭކަލުންނަކީ އެބޭކަލުންގެ ހިތްޕުޅު ނުހަނު ހަރުކަށި އަދި ހަށިކޮޅުތަކުގެ ބާރުފުޅުގަދަވެގެންވާ ބޭކަލުންނެވެ. އެބޭކަލުން اللَّهُ އަކަށްއުރެދިވަޑައި ނުގަންނަވާނެއެވެ. އަދި އެބޭކަލުންނަށް އަމުރުވެވުނު ކޮންމެ ކަމެއް ކުރައްވާނެއެވެ.

Verse 7

يَـٰٓأَيُّهَا ٱلَّذِينَ كَفَرُوا۟ لَا تَعْتَذِرُوا۟ ٱلْيَوْمَ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ

Transliteration yāayyuhā alladhīna kafarū lā taʿtadhirū l-yawma innamā tuj'zawna mā kuntum taʿmalūna

Dhivehi (قِيَامَة ދުވަހުން ގޮވޭނެއެވެ.) އޭ ކާފަރުވީ މީސްތަކުންނޭވެ! ކަލޭމެން މިއަދު عُذُر ދައްކައި ބަހަނާތައް ނުހަދާށެވެ! ހަމަކަށަވަރުން ކަލޭމެންނަށް عَذَاب ލިބެމުން ތިޔަދަނީ ކަލޭމެން ދުނިޔޭގައި ތިބެގެންކުރި ނުބައި ކަންތައްތަކުންނެވެ.

Verse 8

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ يَوْمَ لَا يُخْزِى ٱللَّهُ ٱلنَّبِىَّ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَـٰنِهِمْ يَقُولُونَ رَبَّنَآ أَتْمِمْ لَنَا نُورَنَا وَٱغْفِرْ لَنَآ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

Transliteration yāayyuhā alladhīna āmanū tūbū ilā l-lahi tawbatan naṣūḥan ʿasā rabbukum an yukaffira ʿankum sayyiātikum wayud'khilakum jannātin tajrī min taḥtihā l-anhāru yawma lā yukh'zī l-lahu l-nabiya wa-alladhīna āmanū maʿahu nūruhum yasʿā bayna aydīhim wabi-aymānihim yaqūlūna rabbanā atmim lanā nūranā wa-igh'fir lanā innaka ʿalā kulli shayin qadīrun

Dhivehi އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ފިސާރި إِخْلَاص ތެރި تَوْبَة އަކުން اللَّهُ އަށް تَوْبَة ވާށެވެ! (އެއީ އިސްވެދިޔަފަދަ ކުށަކަށް ދުވަހަކުވެސް އަރައިނުގަތުމަށް عَزْم ކޮށް އަދި އެކަމާމެދު ހިތާމަކޮށް ދުލުންވެސް إِسْتِغْفَار ގެ لَفْظ ތައް ކިޔުމެވެ.) އޭރުން ތިޔަބައިމީހުންގެ رَبّ ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވައި އަދި އެތަންތާނގެ ދަށުން އާރުތައް ދެމިދެމި އޮންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވާ ހުއްޓެވެ. އެދުވަހަކީ نَبِي އާ އާއި އެކަލޭގެފާނުގެ އަރިހުގައި إِيْمَان ވެގެންވާ ބޭކަލުން ދެރަނުވާނޭ ދުވަހެވެ. އަދި އެދުވަހުން صِرَاط މަގުގައި އެބޭކަލުންގެ نُوْر އެބޭކަލުންގެ ކުރިމަތިންނާއި އެބޭކަލުންގެ ކަނާތްފަރާތުން އެބޭކަލުންނާއެކު ދާނެއެވެ. އަދި އެބޭކަލުން ދަންނަވާނެއެވެ. އޭ އަޅަމެންގެ رَبّ އެވެ. އަޅަމެންނަށް އަޅަމެންގެ نُوْر ފުރިހަމަކޮށްދެއްވާނދޭވެ. އަދި އަޅަމެންނަށް ފުއްސަވާނދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުނަވަންތައެވެ.

Verse 9

يَـٰٓأَيُّهَا ٱلنَّبِىُّ جَـٰهِدِ ٱلْكُفَّارَ وَٱلْمُنَـٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ

Transliteration yāayyuhā l-nabiyu jāhidi l-kufāra wal-munāfiqīna wa-ugh'luẓ ʿalayhim wamawāhum jahannamu wabi'sa l-maṣīru

Dhivehi އޭ نَبِي އާ އެވެ! ކާފަރުންނާއި مُنَافِق ންނާ އިދިކޮޅަށް جِهَاد ކުރައްވާށެވެ! އަދި އެބައިމީހުންގެ މައްޗަށް ހަރުކަށިވެ ވަޑައިގަންނަވާށެވެ! އެމީހުންގެ ޖާގައަކީ ނަރަކައެވެ. އެއީ ގޮސްތިބޭން ނުބައިވެގެންވާ ތަނެކެވެ.

Verse 10

ضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ كَفَرُوا۟ ٱمْرَأَتَ نُوحٍ وَٱمْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَـٰلِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ ٱللَّهِ شَيْـًٔا وَقِيلَ ٱدْخُلَا ٱلنَّارَ مَعَ ٱلدَّٰخِلِينَ

Transliteration ḍaraba l-lahu mathalan lilladhīna kafarū im'ra-ata nūḥin wa-im'ra-ata lūṭin kānatā taḥta ʿabdayni min ʿibādinā ṣāliḥayni fakhānatāhumā falam yugh'niyā ʿanhumā mina l-lahi shayan waqīla ud'khulā l-nāra maʿa l-dākhilīna

Dhivehi اللَّهُ تَعَالَى ކާފަރުވީ މީހުންނަށް މިސާލެއް ޖެއްސެވިއެވެ. އެއީ نُوْح عَلَيْه السلام ގެ އަނބިކަނބަލުންނާއި لُوْط عَلَيْه السلام އަނބިކަނބަލުންގެ މިސާލެވެ. އެދެ އަންހެނުން ވީ ތިމަންރަސްކަލާނގެ صَالِح ދެ އަޅުންކަމުގައިވާ نُوْح عَلَيْهِ السَّلَام އާއި لُوْط عَلَيْهِ السَّلَام އާއި ދެބޭކަލުންގެ ބެއްލެވުމުގެ ދަށުގައެވެ. ދެންފަހެ އެދެއަންހެނުން އެދެބޭކަލުންނަށް خِيَانَة ތެރިވެއްޖެއެވެ. (نُوْح ގެފާނުގެ އަނބިކަނބަލުން މީސްތަކުންގެ ގާތުގައި އެކަލޭގެފާނަކީ މޮޔައެކޭ ކިޔައި އެކަލޭގެފާނަށް ކާފިރުވީއެވެ. لُوْط ގެފާނުގެ އަނބިކަނބަލުން މީސްތަކުންގެ ގާތުގައި އެކަލޭގެފާނުގެ މެހްމާހުން ވީތަނުގެ ވާހަކަ ބުނެދިން ކަމުގައި ވިއެވެ.)\nދެންފަހެ اللَّهُ تَعَالَى ގެ حَضْرَة ން عَذَاب އާއި ކޯފާ އައި ހިނދުން އެދެ އަންހެނުންނަށް އެދެބޭކަލުންގެ ފަރާތުން އެއްވެސް ފައިދާ އެއް مَنْفَع އެއް ނުކުރިއެވެ. رَسُوْل ބޭކަލުންގެ އަނބިއަނބިކަނބަލުން ކަމުގައި ވީތީ ވަކިން ކުރި އެއްވެސް ކަމެއް ލިބުނު އެއްވެސް އެހީއެއް ނެތެވެ. ކާފަރުކަމާއި ނުކިޔަމަންތެރިކަމަކީ އެއްވެސް حَال އެއްގައި އެއަށް اللَّهُ ރުހިވޮޑިގެންވާ ކަންކަމެއްނޫނެވެ. އަދި އެދެ އަންހެނުންނަށްވެސް ނަރަކައަށް ވަންނަމީހުންނާއެކު ނަރަކައަށް ވަނުމަށް އެންގެވުނެވެ.

Verse 11

وَضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ ءَامَنُوا۟ ٱمْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ٱبْنِ لِى عِندَكَ بَيْتًا فِى ٱلْجَنَّةِ وَنَجِّنِى مِن فِرْعَوْنَ وَعَمَلِهِۦ وَنَجِّنِى مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ

Transliteration waḍaraba l-lahu mathalan lilladhīna āmanū im'ra-ata fir'ʿawna idh qālat rabbi ib'ni lī ʿindaka baytan fī l-janati wanajjinī min fir'ʿawna waʿamalihi wanajjinī mina l-qawmi l-ẓālimīna

Dhivehi އަދި إِيْمَان ވީ މީހުންގެ މިސާލެއްވެސް اللَّهُ ޖެއްސެވިއެވެ. އެއީ فِرْعَوْن ގެ އަނބިކަނބަލުން آسِيَة بِنْت مَزَاحِم ގެ މިސާލެވެ. އެކަމަނާއަކީ جَبَّارُ ނުބައި فِرْعَوْن ގެ އަނބިކަނބަލުންނެވެ. އެކަމަނާއަކީ صَالِح މާތް تَقْوَى ވެރި މުއުމިނެކެވެ. އެކަމަނާ އެކަމަނާގެ رَبّ އަށް ދެންނެވިއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. އިބަރަސްކަލާނގެ حَضْرَة ގައި ސުވަރުގޭގައި މިއަޅާއަށް ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فِرْعَوْن ގެ ކިބައިންނާއި އޭނާ ކުރާ شِرْك ގެ ނުބައި عَمَل ތަކުން މިއަޅާ ރައްކާތެރިކުރައްވާނދޭވެ. އަދި އަނިޔާވެރިވި މީސްތަކުންގެ ކިބައިން މިއަޅާ މިންޖުކޮށްދެއްވައި ސަލާމަތްކޮށްދެއްވާނދޭވެ!

Verse 12

وَمَرْيَمَ ٱبْنَتَ عِمْرَٰنَ ٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَـٰتِ رَبِّهَا وَكُتُبِهِۦ وَكَانَتْ مِنَ ٱلْقَـٰنِتِينَ

Transliteration wamaryama ib'nata ʿim'rāna allatī aḥṣanat farjahā fanafakhnā fīhi min rūḥinā waṣaddaqat bikalimāti rabbihā wakutubihi wakānat mina l-qānitīna

Dhivehi އަދި عِمْرَان ގެ ދަރިކަނބަލުން مَرْيَم ގެފާނުގެ މިސާލުވެސް اللَّهُ މީސްތަކުންނަށް ޖެއްސެވިއެވެ. އެކަމަނާ އަކީ އެކަމަނާގެ ލަދުގުނަވަން فَاحِش ކަންތައްތަކުން ރައްކާތެރި ކުރެއްވި ބޭކަނބަލެކެވެ. (އެކަމަނާ ހަޑިހުތުރު އެއްވެސް ކަމެއް ނުކުރައްވައެވެ.) ދެން އެކަމަނާގެ ގައިކޮޅަށް ތިމަންރަސްކަލާނގެ رُوْح ން ތިމަންރަސްކަލާނގެ ފުމެލެއްވީމެވެ. އަދި އެކަމަނާ ހައްދަވާ ބޮޑުކުރެއްވި رَبّ ގެ كَلِمَة ފުޅު ތެދުކުރެއްވިއެވެ. އެބަހީ އެކަލާނގެ شَرِيْعَة ތެދުކުރެއްވިއެވެ. އަދި އެކަލާނގެ ބާވައިލެއްވި ފޮތްތައްވެސް އެކަމަނާ ތެދުކުރެއްވިއެވެ. އަދި އެކަމަނާވީ ކިޔަމަންތެރިވީ މީސްތަކުންގެ ތެރެއިންނެވެ.\nދަންނައެވެ. މި ސޫރަތުގައި اللَّهُ މިސާލު ޖެއްސެވީ ހަތަރު އަންހެނެއްގެ ވާހަކައިންނެވެ. އެތަނުން އެއް ދެއަންހެނުންނަކީ سَلاَم ލެއްވި نُوْح ގެފާނުގެ އަނބިކަނބަލުންނެވެ. އަނެއް އަންހެނަކީ سَلاَم ލެއްވި لُوْط ގެފާނުގެ އަނބިކަނބަލުންނެވެ. ދެ އަންހެނުންވެސް ތިބީ ދެ رَسُوْل ންގެ ބެއްލެވުމުގެ ދަށުގައެވެ. ނަމަވެސް ނުކިޔަމަންތެރިވެ ކާފަރުވުމުގެ ސަބަބުން رَسُوْل ބޭކަލެއްގެ އަނބިކަނބަލަކަށްވީތީ އެއްވެސް ފައިދާ އެއް ނުކުރިއެވެ. އަނެއްކޮޅުން فِرْعَوْن ގެ އަނބިކަނބަލުން ކާފަރެއްގެ ދަށުގައި ހުރުމާއެކުވެސް إِيْمَان ވެ އަދި اللَّهُ އަށް ކިޔަމަންތެރިވުމުގެ ސަބަބުން ސުވަރުގެއިން ގަނޑުވަރެއް އެކަމަނާއަށް ތައްޔާރުކުރެވުނީއެވެ. މިހުރީ عِبْرَة ން ފުރިގެންވާ ކަންކަމެވެ.

Read Surah At-Tahrim in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.