MyDugsiStart learning

Surah Al-Munafiqun in Dhivehi: translation and audio

Surah 63 · المنافقون · The Hypocrites · 11 verses

Surah Al-Munafiqun verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Munafiqun word by word in English.

Verse 1

إِذَا جَآءَكَ ٱلْمُنَـٰفِقُونَ قَالُوا۟ نَشْهَدُ إِنَّكَ لَرَسُولُ ٱللَّهِ ۗ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشْهَدُ إِنَّ ٱلْمُنَـٰفِقِينَ لَكَـٰذِبُونَ

Transliteration idhā jāaka l-munāfiqūna qālū nashhadu innaka larasūlu l-lahi wal-lahu yaʿlamu innaka larasūluhu wal-lahu yashhadu inna l-munāfiqīna lakādhibūna

Dhivehi (އޭ رَسُوْل ﷲ އެވެ!) مُنافِق ންގެ މީހުން ކަލޭގެފާނުގެ مَجْلِس އަށް އަތުވެއްޖެއްޔާ އެމީހުން ބުނާނެއެވެ. [ހަމަކަށަވަރުން ކަލޭގެފާނަކީ ކަނޑައެޅިގެން ﷲ ގެ رَسُوْل އާ ކަމަށް އަހުރެމެން ހެކިވަމެވެ.] އަދި ﷲ އެއަންގަވަނީ ހަމަކަށަވަރުން ކަލޭގެފާނީ ﷲ ގެ رَسُوْل އާ ކަން ﷲ ދެނެވޮޑިގެން ވެއެވެ. އަދި ހަމަކަށަވަރުން مُنافِق ން އެ ހަދަނީ ކަނޑައެޅިގެން ދޮގުކަން، އެއީ ދޮގުވެރީން ކަމުގައި ﷲ ހެކިވެވޮޑިގެންވެއެވެ.\nދަންނައެވެ. މި އާޔަތުގައި މިވާ مُنافِق ންގެ މުރާދަކީ عَبْدُﷲ بن أُبَيُّ بن سَلُول އާއި، އޭނާގެ އެކުވެރީންނެވެ. رَسُوْل ﷲ ﷺ ގެ މަޖްލިސްއަށް އެމީހުން އައިސް، [ކަލޭގެފާނީ رَسُوْل އާ ކަމަށް އަހުރެމެން ހެކިވަމެވެ.] މިހެން ބުނާ ބުނުމަކީ އެމީހުން ދުލުކޮޅުން ބުނާ ބުނުމެއް ކަމުގައި ﷲ ހެކިވެވޮޑިގަންނަވަނީއެވެ. އެއީ مُؤْمِن ންގެ ކަނޑިތަކުން ސަލާމަތްވާން ވެގެން ހަދާ ބޮޑު ރޯ ބުހުތާން ދޮގެވެ. އެމީހުންނަކީ އެތެރެފުށުން އީމާންވެގެންވާ ބައެއް ނޫނެވެ.

Verse 2

ٱتَّخَذُوٓا۟ أَيْمَـٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ ۚ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ

Transliteration ittakhadhū aymānahum junnatan faṣaddū ʿan sabīli l-lahi innahum sāa mā kānū yaʿmalūna

Dhivehi އެމީހުން އެމީހުންގެ ހުވަޔާއި، ހެކި އެ ލަނީ (مُؤْمِن ންގެ ކަނޑިތަކުން ސަލާމަތްވާ) އައްޑަނައެއް ކަމުގައެވެ. ފަހެ އެގޮތުން އެމީހުން ﷲ ގެ މަގު ބަންދުކުރަނީއެވެ. ހަމަކަށަވަރުން އެމީހުން ކުރަމުން އެ ދާ ކަންތަކަކީ ހާދަހާވެސް ނުބައި ކަންކަމެވެ.

Verse 3

ذَٰلِكَ بِأَنَّهُمْ ءَامَنُوا۟ ثُمَّ كَفَرُوا۟ فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ

Transliteration dhālika bi-annahum āmanū thumma kafarū faṭubiʿa ʿalā qulūbihim fahum lā yafqahūna

Dhivehi އެއީ، އެބަހީ އެމީހުން އެ ދޮގުހަދައި، އަދި ނުބައި عَمَل ތައް ކުރަމުން އެ ދަނީ އެމީހުން ހަމަކަށަވަރުން އީމާންވެ، ދެން ކާފަރުވީ ކަމުގެ ސަބަބުންނެވެ. ދެންފަހެ އެމީހުންގެ ހިތްތަކުގައި ﷲ ސިއްކަޖައްސަވައި، ބަންދުކުރެއްވީއެވެ. އެހެންވީމާ އެމީހުންނަކަށް ނުވިސްނޭނެއެވެ.

Verse 4

۞ وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُوا۟ تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ ٱلْعَدُوُّ فَٱحْذَرْهُمْ ۚ قَـٰتَلَهُمُ ٱللَّهُ ۖ أَنَّىٰ يُؤْفَكُونَ

Transliteration wa-idhā ra-aytahum tuʿ'jibuka ajsāmuhum wa-in yaqūlū tasmaʿ liqawlihim ka-annahum khushubun musannadatun yaḥsabūna kulla ṣayḥatin ʿalayhim humu l-ʿaduwu fa-iḥ'dharhum qātalahumu l-lahu annā yu'fakūna

Dhivehi (އަދި އޭ رَسُوْل ﷲ އެވެ!) ކަލޭގެފާނަށް އެމީހުން ފެނިއްޖެއްޔާ އެމީހުންގެ ހަށިތަކުގެ ރީތިކަމުގެ ސަބަބުން ކަލޭގެފާނު عَجائِب ކުރުވާނެއެވެ. އަދި އެމީހުން ވާހަކަދައްކަންޏާ ކަލޭގެފާނު އައްސަވާނެއެވެ. (ކަލޭގެފާނަށް ހީފުޅުވާނީ އެއީ ހަމަ حَقّ ތެދު ވާހަކަ ކަމަށެވެ. ނަމަވެސް އެއީ ހަމަ ދޮގެވެ.) އެމީހުން ކޮންފަދަ ހެއްޔެވެ؟ އެމީހުންނެކޭ ފާރެއްގައި ލައްކޮށްލާފައިވާ ލަކުޑިގަނޑެކޭ ހަމަ އެއްފަދައެވެ. ކޮންމެ އަޑެއް އިވުނަސް އެމީހުންނަށް ހީވާނީ އެއީ ހަމަ އެމީހުންގެ މައްޗަށް އަންނަ އަޑެއް ކަމަށެވެ. (އެއީ އެމީހުންގެ ފިނޑިކަމުންނެވެ.) އެއީ ކަނޑައެޅިގެން عَدُوّ ން ނެވެ. ﷲ އެމީހުން ހަލާކު ކުރައްވާށިއެވެ! لَعْنَة ލައްވާށިއެވެ! އަދި އެމީހުން حَقّ މަގާދުރުވެ، ދޮގުތައް ހަދަނީ ކޮންފަދައަކުން ހެއްޔެވެ؟ ދޮގުހެދޭނީ ކޮންފަދައަކުން ހެއްޔެވެ؟

Verse 5

وَإِذَا قِيلَ لَهُمْ تَعَالَوْا۟ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْا۟ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ

Transliteration wa-idhā qīla lahum taʿālaw yastaghfir lakum rasūlu l-lahi lawwaw ruūsahum wara-aytahum yaṣuddūna wahum mus'takbirūna

Dhivehi ،(6) އަދި [ކަލޭމެންގެ ފާފަ ފުއްސެވުން އެދި دُعَاء ކޮށްދިނުމަށް އެދި ދަންނަވާން رَسُوْل ﷲ ﷺ ގެއަރިހަށް ކަލޭމެން އަންނާށޭ] މިހެން އެ مُنافِق ންނާ ދިމާއަށް ބުނެވިއްޖެއްޔާ އެމީހުންގެ ބޯތައް އަނެއް ފަރާތަށް އަނބުރައިލާނެއެވެ. އަދި [އެމީހުން كِبْر ވެރިވެގެންވާ حال، ފުރަގަސްދޭތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.] ފަހެ އެމީހުންގެ ފާފަފުއްސެވުމަށް ކަލޭގެފާނު دُعاء ކުރެއްވިޔަސް، އަދި ނުވަތަ އެމީހުންނަށް ފާފަފުއްސެވުމަށް دُعاء ނުކުރެއްވިޔަސް ހަމަހަމައެވެ. އެމީހުންނަށް ﷲ ފާފަނުފުއްސަވާ ހުއްޓެވެ. فاسِق ވެ، ނުކިޔަމަންތެރިވެއްޖެ ބަޔަކަށް ހަމަކަށަވަރުން ﷲ ތެދުމަގު ނުދައްކަވައެވެ.

Verse 6

سَوَآءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ ٱللَّهُ لَهُمْ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ

Transliteration sawāon ʿalayhim astaghfarta lahum am lam tastaghfir lahum lan yaghfira l-lahu lahum inna l-laha lā yahdī l-qawma l-fāsiqīna

Dhivehi ،(6) އަދި [ކަލޭމެންގެ ފާފަ ފުއްސެވުން އެދި دُعَاء ކޮށްދިނުމަށް އެދި ދަންނަވާން رَسُوْل ﷲ ﷺ ގެއަރިހަށް ކަލޭމެން އަންނާށޭ] މިހެން އެ مُنافِق ންނާ ދިމާއަށް ބުނެވިއްޖެއްޔާ އެމީހުންގެ ބޯތައް އަނެއް ފަރާތަށް އަނބުރައިލާނެއެވެ. އަދި [އެމީހުން كِبْر ވެރިވެގެންވާ حال، ފުރަގަސްދޭތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.] ފަހެ އެމީހުންގެ ފާފަފުއްސެވުމަށް ކަލޭގެފާނު دُعاء ކުރެއްވިޔަސް، އަދި ނުވަތަ އެމީހުންނަށް ފާފަފުއްސެވުމަށް دُعاء ނުކުރެއްވިޔަސް ހަމަހަމައެވެ. އެމީހުންނަށް ﷲ ފާފަނުފުއްސަވާ ހުއްޓެވެ. فاسِق ވެ، ނުކިޔަމަންތެރިވެއްޖެ ބަޔަކަށް ހަމަކަށަވަރުން ﷲ ތެދުމަގު ނުދައްކަވައެވެ.

Verse 7

هُمُ ٱلَّذِينَ يَقُولُونَ لَا تُنفِقُوا۟ عَلَىٰ مَنْ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّوا۟ ۗ وَلِلَّهِ خَزَآئِنُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَـٰكِنَّ ٱلْمُنَـٰفِقِينَ لَا يَفْقَهُونَ

Transliteration humu alladhīna yaqūlūna lā tunfiqū ʿalā man ʿinda rasūli l-lahi ḥattā yanfaḍḍū walillahi khazāinu l-samāwāti wal-arḍi walākinna l-munāfiqīna lā yafqahūna

Dhivehi އެމީހުންނަކީ، އެބަހީ އެ مُنافِق ންނަކީ "رَسُوْل ﷲ ﷺ ގެ އަރިހުގައިވާ މީހުންނަށް ކަލޭމެން ހޭދަ ނުކުރާށޭ" މިހެން ބުނާ މީހުންނެވެ. އެއީ އެމީހުން އެކަލޭގެފާނު ދޫކޮށް، މުޅީން ދުރަށް ދާނދެނެވެ. އެކަމަކު، އުޑުތަކާއި، ބިމުގެ خَزانَة ތައް ވަނީ ހަމައެކަނި ﷲ އަށް މިލްކުވެ، خاصّ ވެގެންނެވެ. ނަމަވެސް مُنافِق ންނަކަށް އެކަމެއް ނުވިސްނެއެވެ.\nނޯޓް: މި އާޔަތުގައި رَسُوْل ﷲ ﷺ ގެ އަރިހުގައިވާ މީހުންނޭ އޮތް ބަސްފުޅުން މުރާދުވަނީ مُهاجِرِيّ ބޭކަލުންކުރެ فَقِير ބޭކަލުންނެވެ. = فَتْحُ الْقَدِير =

Verse 8

يَقُولُونَ لَئِن رَّجَعْنَآ إِلَى ٱلْمَدِينَةِ لَيُخْرِجَنَّ ٱلْأَعَزُّ مِنْهَا ٱلْأَذَلَّ ۚ وَلِلَّهِ ٱلْعِزَّةُ وَلِرَسُولِهِۦ وَلِلْمُؤْمِنِينَ وَلَـٰكِنَّ ٱلْمُنَـٰفِقِينَ لَا يَعْلَمُونَ

Transliteration yaqūlūna la-in rajaʿnā ilā l-madīnati layukh'rijanna l-aʿazu min'hā l-adhala walillahi l-ʿizatu walirasūlihi walil'mu'minīna walākinna l-munāfiqīna lā yaʿlamūna

Dhivehi އެމީހުންނަކީ- އެބަހީ مُنَافِقންނަކީ މިހެންވެސް ބުނާ މީހުންނެވެ. އަހުރެމެން ހަނގުރާމައިން އެބުރި مدينة އަށް ދެވިއްޖެއްޔާ އެތާނގައި ތިބި عِزَّة ތެރި މާތް މީހުންވެގެން އެތާނގައި ތިބި ދެރަ ނިކަމެތިން އެތަނުން ނިކަންހުރެ ނެރެލާހުށީމެވެ. (މިފަދަ ބަސްތައް ބުނީ مُنَافِق ންގެ رَئِيْس عَبْدُاللَّهِ بْنُ أُبَيُّ بْنُ سَلُوْلُ އެވެ. عِزَّة ތެރިން ކަމުގައި އެނާ މުރާދު ކުރީ އޭނާޔާ އެނާގެ އެކުވެރިންނެވެ. އަދި ދެރަ ނިކަމެތިންކަމުގައި އޭނާ މުރާދުކުރަނީ رَسُوْلُ ﷲ ﷺ އާ އެކަލޭގެފާނުގެ އަރިހުގައި ވާ مُؤْمِن ންނެވެ. ފަހެ اللَّهُ سُبْحَانَهُ وَتَعَالَى އޭނާގެ މިބަހަށް ރައްދުކުރައްވައި އެއަންގަވަނީ މިފަދައިންނެވެ. (عِزَّة ތެރިކަމާ މާތްކަން ވަނީ ހަމައެކަނި اللَّهُ އަށާއި އެކަލާނގެ رَسُوْل އަށާއި އަދި مُؤْمِن ންނަށެވެ. އެހެން ބަޔަކަށްނޫނެވެ. އެކަމަކު مُنَافِق ންނަކަށް އެގޮތެއް ނޭގެއެވެ.

Verse 9

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَـٰدُكُمْ عَن ذِكْرِ ٱللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ

Transliteration yāayyuhā alladhīna āmanū lā tul'hikum amwālukum walā awlādukum ʿan dhik'ri l-lahi waman yafʿal dhālika fa-ulāika humu l-khāsirūna

Dhivehi އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ މުދަލާ އަދި ކަލޭމެންގެ ދަރިންގެ ސަބަބުން - އެތަކެއްޗާއި ހެދި - اللَّهُ ގެ ذِكْر ން ކަލޭމެން غَافِل ކޮށް ހަނދާންނައްތައި ލިޔަ ނުދޭށެވެ! ފަހެ އެހެން ހަދައިފި މީހުން ދަންނައެވެ. އެއީ ކަނޑައެޅިގެން ގެއްލި ހަލާކުވެއްޖެ ބައެކެވެ.

Verse 10

وَأَنفِقُوا۟ مِن مَّا رَزَقْنَـٰكُم مِّن قَبْلِ أَن يَأْتِىَ أَحَدَكُمُ ٱلْمَوْتُ فَيَقُولَ رَبِّ لَوْلَآ أَخَّرْتَنِىٓ إِلَىٰٓ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّـٰلِحِينَ

Transliteration wa-anfiqū min mā razaqnākum min qabli an yatiya aḥadakumu l-mawtu fayaqūla rabbi lawlā akhartanī ilā ajalin qarībin fa-aṣṣaddaqa wa-akun mina l-ṣāliḥīna

Dhivehi އަދި ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވައިފައިވާ ތަކެތިން ކަލޭމެން ހޭދަކުރާށެވެ! އެއީ ކަލޭމެންކުރެ މީހަކު ކައިރިއަށް މަރު އައިސް މިފަދައިން އެމީހާ ދެންނެވުމުގެ ކުރިންނެވެ. އޭ އަޅުގެ رَبّ އެވެ. ކުޑަ ވަގުތުކޮޅަކަށް މިއަޅާ ލަސްކޮށްލައްވާނެ ނަމައެވެ. އޭރުން މި އަޅާ صَدَقَاة ދީ އަދި صَالِح މީހުންގެ ތެރެއިން ވާހުށީމެވެ. މިހެން ދެންނެވުމުގެ ކުރިންނެވެ.

Verse 11

وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ

Transliteration walan yu-akhira l-lahu nafsan idhā jāa ajaluhā wal-lahu khabīrun bimā taʿmalūna

Dhivehi ފަހެ އެއްވެސް نَفْس އެއް އެ نَفْس އެއްގެ ވަގުތުޖެހުމުން ދެން اللَّهُ ލަސްނުކުރައްވާ ހުއްޓެވެ. އަދި اللَّهُ ކަލޭމެން ކުރާހާ ކަމެއްގެ خَبَر މޮޅަށް ދެނެވޮޑިގެންވެއެވެ.

Read Surah Al-Munafiqun in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.