MyDugsiStart learning

Surah Al-Jumu'ah in Dhivehi: translation and audio

Surah 62 · الجمعة · The Congregation, Friday · 11 verses

Surah Al-Jumu'ah verse by verse: the Arabic with a recitation you can repeat, the transliteration, and the Dhivehi translation by Abu Bakr Ibrahim Ali (Bakurube). For the meaning of every word, see Surah Al-Jumu'ah word by word in English.

Verse 1

يُسَبِّحُ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ٱلْمَلِكِ ٱلْقُدُّوسِ ٱلْعَزِيزِ ٱلْحَكِيمِ

Transliteration yusabbiḥu lillahi mā fī l-samāwāti wamā fī l-arḍi l-maliki l-qudūsi l-ʿazīzi l-ḥakīmi

Dhivehi އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ﷲ އަށް تَسْبِيح ކިޔައެވެ. ﷲ ހުސް طاهِر ވަންތަ ކުރެއެވެ. (ދުލުން ބުނެވޭ ތަކެތި ދުލުންނެވެ. ދުލުން ނުބުނެވޭ ތަކެތި އަދި އެހެން ގޮތަކުންނެވެ. حال ގެ ދުލުންނެވެ. އިންސާނުންނަކަށް އެ ތަކެތީގެ تَسْبِيح ނުވިސްނޭނެއެވެ. އެއްވެސް އެއްޗެއް ﷲ އަށް تَسْبِيح ކިޔާ ކަމުގައި މެނުވީ ނުވެއެވެ. އެކަމަކު އިންސާނުންނަކަށް އެ تَسْبِيح ނުވިސްނޭނެއެވެ: (وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ الآية - بَنِيْ إِسْرَائِيْل ٤٤) ﷲ އީ އެންމެހައި ތަކެތީގެ ވެރި ކަލާނގެއެވެ. އަދި އެންމެހައި عَيْب އަކުން ދުރުވެ ހުސް طاهِر ވެގެންވާ ކަލާނގެއެވެ. އެއީ عِزَّة ވަންތަ، حَكِيم ވަންތަ ކަލާނގެއެވެ.

Verse 2

هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّـۧنَ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَـٰلٍ مُّبِينٍ

Transliteration huwa alladhī baʿatha fī l-umiyīna rasūlan min'hum yatlū ʿalayhim āyātihi wayuzakkīhim wayuʿallimuhumu l-kitāba wal-ḥik'mata wa-in kānū min qablu lafī ḍalālin mubīnin

Dhivehi އެކަލާނގެއީ ލިޔެކިޔާން ނުދަންނަ [أُمِّيّ] މީހުންގެ ތެރެއަށް ހަމަ އެމީހުންގެ ތެރެއިން އެބަހީ [أُمِّيّ] އިން މީހަކު رَسُوْل ކަމާއިގެން ފޮނުއްވި ކަލާނގެއެވެ. (އެބަހީ سَماوِى އެއްވެސް ފޮތެއްގެ أهْل ވެރި ބަޔަކު ކަމުގައި ނުވާ عَرَبِى ންގެ ތެރެއަށް عَرَبِى ންގެ ތެރެއިން رَسُوْل އަކު ފޮނުއްވި ކަލާނގެއެވެ. އެއީ مُحَمَّدٌ ﷺ އެވެ. އަދި އެހެން ނޫނަސް [أُمِّيّ] މި لَفْظ ގެ މާނައީ ލިޔެކިޔާން ނުދަންނަ މީހާއެވެ. އެ ދުވަސްވަރު عَرَبِى ންގެ މަދު މީހަކަށް ލިޔެކިޔާން އެނގުނަސް، ގިނަ މީހުންނަކީ عَامّ ކޮށް ލިޔެކިޔާން ނުދަންނަ މީހުންނެވެ.) ދެންފަހެ އެ ރަސޫލާ ވަޑައިގަތީ އެބައިމީހުންނަށް އެކަލާނގެ آيَة ތައް ކިޔަވައިދެއްވުމަށާއި، كُفْر އާއި، شِرْك ން އެބައިމީހުން طاهِر ކުރެއްވުމަށާއި ށާއި، އަދި ކީރިތި قُرْآن އާއި، سُنَّة އެބައިމީހުންނަށް އުނގަންނަވައިދެއްވުމަށެވެ. އަދި އޭގެ ކުރީގައި، އެބަހީ رَسُوْل އާ ފޮނުއްވުމުގެ ކުރީގައި، ކަނޑައެޅިގެން بَيان ވެގެންވާ މަގުފުރެދުމެއްގައި އެމީހުން ތިބިނަމަވެސް މެއެވެ.

Verse 3

وَءَاخَرِينَ مِنْهُمْ لَمَّا يَلْحَقُوا۟ بِهِمْ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

Transliteration waākharīna min'hum lammā yalḥaqū bihim wahuwa l-ʿazīzu l-ḥakīmu

Dhivehi އަދި އެކަލޭގެފާނު رَسُوْل ކަމާއިގެން ފޮނުއްވެވީ އެހާތަނަށް އެބައިމީހުންގެ ތެރޭގައި ނެތް ބަޔަކަށްވެސް (އެބަހީ އެކަލޭގެފާނުގެ أصْحاب ބޭކަލުންނަށްފަހު قِيامَة އާ ޖެހޭންދެން ދުނިޔެއަށް އަންނާނޭ ބަޔަކަށް) ވެސް رَسُوْل ބޭކަލަކު ކަމުގައެވެ. އަދި އެކަލާނގެއީ عِزَّة ވަންތަ، حَكِيم ވަންތަ ކަލާނގެއެވެ.

Verse 4

ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ

Transliteration dhālika faḍlu l-lahi yu'tīhi man yashāu wal-lahu dhū l-faḍli l-ʿaẓīmi

Dhivehi އެއީ - އެބަހީ نَبِى ކަމާއި، رَسُوْل ކަމަކީ - ﷲ ގެ فَضْل ވަންތަވެރި ކަމެވެ. އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް އެ فَضْل ވަންތަކަން ދެއްވައެވެ. އަދި ﷲ އީ فَضْل ވަންތަކަމުގެ ވެރި، ނުހަނު ހައިބަ ވަންތަކަމުގެވެރި ކަލާނގެއެވެ.

Verse 5

مَثَلُ ٱلَّذِينَ حُمِّلُوا۟ ٱلتَّوْرَىٰةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَارًۢا ۚ بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ

Transliteration mathalu alladhīna ḥummilū l-tawrāta thumma lam yaḥmilūhā kamathali l-ḥimāri yaḥmilu asfāran bi'sa mathalu l-qawmi alladhīna kadhabū biāyāti l-lahi wal-lahu lā yahdī l-qawma l-ẓālimīna

Dhivehi تَوْرَاة އަށް عَمَل ކުރަން ޖެހިފައި ދެން އެ ފޮތުގައިވާ ގޮތަށް عَمَل ނުކުރި މީހުންގެ މިސާލަކީ ބުރިކަށިމަތީގައި ބޮޑެތި ބަރު ފޮތްތަކެއް އުފުލާ حِمار ގެ މިސާލެވެ. (ބުރިކަށިމަތީގައި ވަނީ ފޮތެއް ކަމެއްވެސް ނަޖިހެއްވެސް ކަމެއް އެ حِمار އަށްވެސް ނޭނގެއެވެ.) ﷲ ގެ އާޔަތްތައް ދޮގުކުރި މި މީހުންގެ މިސާލުގެ ނުބައިކަން ވަރަށްވެސް ބޮޑެވެ. އަދި އަނިޔާވެރި ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވާނެއެވެ. (މި އާޔަތުގައި އިޝާރާތްވެގެން މިވާ މީހުންނަކީ يَهُودِي ންނެވެ.)

Verse 6

قُلْ يَـٰٓأَيُّهَا ٱلَّذِينَ هَادُوٓا۟ إِن زَعَمْتُمْ أَنَّكُمْ أَوْلِيَآءُ لِلَّهِ مِن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ

Transliteration qul yāayyuhā alladhīna hādū in zaʿamtum annakum awliyāu lillahi min dūni l-nāsi fatamannawū l-mawta in kuntum ṣādiqīna

Dhivehi (އޭ رَسُوْل ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ يَهُودِي ވެގަތް މީހުންނޭވެ! ކަލޭމެންނީ އެހެން މީސްތަކުން ފިޔަވައި ﷲ ގެ وَلِيّ ން ކަމުގައި - އަދި އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ މީހުން ކަމުގައި ދެކޭނަމަ - އެހެންކަމަށް ހީކުރަންޏާ ފަހެ ކަލޭމެން މަރުވާން އެދޭށެވެ. (އެއިރުން ހަމަ ސީދާ ދެން ސުވަރުގެ ދާންވީއެވެ. ކަލޭމެން ހީކުރާ ގޮތުގައި، އަދި ކަލޭމެން ބުނާ ގޮތުގައި يَهُودِي އަކު ނުވަތަ نَصارَى އަކު މެނުވީ ސުވަރުގެ ނުވަންނާނެއެވެ.) ކަލޭމެންގެ ބަހުގައި ކަލޭމެން ތެދުބުނާ ކަމުގައި ވާނަމަ އަވަހަށް މަރުވާން އެދޭށެވެ. (އެމީހުންގެ އެބަހާއި، އެ ހީކުރުން އެއީ ދޮގެއްކަން އަންގަވައި ﷲ އެ وَحِي ކުރައްވަނީ މިފަދައިންނެވެ.)

Verse 7

وَلَا يَتَمَنَّوْنَهُۥٓ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ

Transliteration walā yatamannawnahu abadan bimā qaddamat aydīhim wal-lahu ʿalīmun bil-ẓālimīna

Dhivehi ދުވަހަކުވެސް އެމީހުން އެ މަރަކަށް ނޭދޭނެއެވެ. އެއީ އެމީހުން ކޮށްފައިވާ ފާފަތަކުގެ ސަބަބުންނެވެ. އެމީހުންނީ އަނިޔާވެރީންނެވެ. އަދި އަނިޔާވެރީންނާމެދު ﷲ ދެނެވޮޑިގެން ވެއެވެ.

Verse 8

قُلْ إِنَّ ٱلْمَوْتَ ٱلَّذِى تَفِرُّونَ مِنْهُ فَإِنَّهُۥ مُلَـٰقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

Transliteration qul inna l-mawta alladhī tafirrūna min'hu fa-innahu mulāqīkum thumma turaddūna ilā ʿālimi l-ghaybi wal-shahādati fayunabbi-ukum bimā kuntum taʿmalūna

Dhivehi (އޭ رَسُوْل ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. އެޔަކާމެދު ކަލޭމެން ބިރުން ތިޔަ ފިލައިގަންނަ މަރު ހަމަކަށަވަރުން ކަލޭމެންނާ ބައްދަލުކުރާނެއެވެ. ކަލޭމެން މަރުވާނެއެވެ. ސިއްރާއި، ފައުޅު ދެނެވޮޑިގެންވާ ކަލާނގެ حَضْرَة އަށް - ﷲ ގެ حَضْرَة އަށް - ދެން ކަލޭމެން ފޮނުވޭނެއެވެ. ދެންފަހެ ދުނިޔޭގައި ތިބެގެން ކަލޭމެން ކުރިހައި ކަމެއްގެ خَبَر އެކަލާނގެ ކަލޭމެންނަށް ދެއްވާނެއެވެ. (އަދި އޭގެ جَزَاء ވެސް ދެއްވާނެއެވެ.)

Verse 9

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نُودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

Transliteration yāayyuhā alladhīna āmanū idhā nūdiya lilṣṣalati min yawmi l-jumuʿati fa-is'ʿaw ilā dhik'ri l-lahi wadharū l-bayʿa dhālikum khayrun lakum in kuntum taʿlamūna

Dhivehi އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮވައިލެވިއްޖެއްޔާ ﷲ ގެ ذِكْر ކުރުމަށް ކަލޭމެން އަވަސްވެގަންނާށެވެ. އަދި ކަލޭމެން ގަނެވިއްކުން ދޫކޮށްލާށެވެ. (ހުކުރު ވަގުތު ކަލޭމެން ވިޔަފާރި ނުކުރާށެވެ.) ކަލޭމެންނަށް އެނގޭ ކަމުގައި ވަންޏާ އެގޮތް (އެކަން) ކަލޭމެންނަށް މާ ހެޔޮވެގެން ވެއެވެ.\n(ނޯޓް: [ހުކުރު ދުވަހު ހުކުރު ނަމާދަށް ގޮވައިލެވިއްޖެއްޔާ] އޭ އޮތް ބަސްފުޅުގެ މުރާދަކީ إمام މީހާ خُطْبَة ކިޔުމަށް މިންބަރަށް އެރީމާ ދެން އެ ގޮވާ ބަންގި ގޮވުމެވެ. އެ ވަގުތުން ފެށިގެން ހުކުރު ނަމާދު ނިމޭންދެން، ވިޔަފާރިކުރުން މުޅީން حَرام ވާނެއެވެ. މަނާ ވާނެއެވެ.) رَسُولُ الله ﷺ ޒަމާނުގައި خُطْبَة ފައްޓަވަނީ މެންދުރު ބަންގިއާއި ވިދިގެންނެވެ. 12.35ގައެއްނޫނެވެ.

Verse 10

فَإِذَا قُضِيَتِ ٱلصَّلَوٰةُ فَٱنتَشِرُوا۟ فِى ٱلْأَرْضِ وَٱبْتَغُوا۟ مِن فَضْلِ ٱللَّهِ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ

Transliteration fa-idhā quḍiyati l-ṣalatu fa-intashirū fī l-arḍi wa-ib'taghū min faḍli l-lahi wa-udh'kurū l-laha kathīran laʿallakum tuf'liḥūna

Dhivehi ދެންފަހެ ހުކުރު ނަމާދު ނިމިއްޖެއްޔާ ދެން ކަލޭމެންގެ މަސައްކަތާއިގެން (ގަނެވިއްކުމާއި، އެހެނިހެންވެސް ކަންކަމާއިގެން) އުޅޭށެވެ. ބިމުގައި ފެތުރިގަންނާށެވެ. ދާން ބޭނުން ހުއްދަ ދިއުމަކަށް ދާށެވެ. ދިއުން ހުއްދަވީއެވެ. އަދި ﷲ ގެ حَضْرَة ން فَضْل ވަންތަކަން އެދޭށެވެ! ރިޒުގު އެދޭށެވެ! އަދި ދަރުމަޔާއި، ثَواب ވެސް އެދޭށެވެ! އަދި ގިނަގިނައިން ﷲ އަށް ذِكْر ކުރާށެވެ! ﷲ ހަނދާންކުރާށެވެ. އެއީ ކަލޭމެންނަށް ކާމިޔާބު ވޭތޯއެވެ. އެކަމުގެ أُمِّيد ގައެވެ.

Verse 11

وَإِذَا رَأَوْا۟ تِجَـٰرَةً أَوْ لَهْوًا ٱنفَضُّوٓا۟ إِلَيْهَا وَتَرَكُوكَ قَآئِمًا ۚ قُلْ مَا عِندَ ٱللَّهِ خَيْرٌ مِّنَ ٱللَّهْوِ وَمِنَ ٱلتِّجَـٰرَةِ ۚ وَٱللَّهُ خَيْرُ ٱلرَّٰزِقِينَ

Transliteration wa-idhā ra-aw tijāratan aw lahwan infaḍḍū ilayhā watarakūka qāiman qul mā ʿinda l-lahi khayrun mina l-lahwi wamina l-tijārati wal-lahu khayru l-rāziqīna

Dhivehi އަދި رَسُولُ الله އެމީހުންނަށް ވިޔަފާރިއެއް ފެނިއްޖެއްޔާ، ނުވަތަ ކުޅިވަރެއް ފެނިއްޖެއްޔާ އެދިމާއަކަށް އެބައިމީހުން ވަކިވަކިވެގެން ދަނީއެވެ. ކަލޭގެފާނު (މިންބަރުގައި خُطْبَة ވިދާޅުވާން) ދޫކޮށްލައިފައި އެމީހުން ނުކުމެގެން އެ ދަނީއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކުޅިވަރާއި، ވިޔަފާރިއަށްވުރެ ﷲ ގެ حَضْرَة ގައި ވާ ތަކެތި (ثَواب އާއި، ދަރުމަ) މާ ހެޔޮކަން ބޮޑެވެ. އަދި ﷲ އީ ތަކެތި ދެއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ފަރާތެވެ.\n(ނޯޓް: މި އާޔަތް ބާވައިލެއްވި ސަބަބެއް تَفْسِير عِلْم ވެރީން ލިޔުއްވާފައި ވެއެވެ. އެ ވާހަކައިގެ خُلاصَة އަކީ: مَدِينَة ގެ أهْل ވެރީންނަށް ބަނޑުހައިހޫނުކަމެއް ދިމާވެފައިވީ ދުވަސްވަރެއްގައި އެމީހުންގެ ވިޔަފާރި ގާފިލާ شام ކަރައިން އައިސް ލެފި ވަގުތަކީ ހުކުރު ދުވަހު رَسُوْل ﷲ ﷺ މިމްބަރުގައި خُطْبَة ވިދާޅުވާން ހުންނެވި ވަގުތެވެ. ވިޔަފާރި ގާފިލާ އަންނަ އަޑު އިވުމުން މިސްކިތުގައި ހުކުރަށް ގޮސް ތިބި މީހުންވެސް އެންމެ ބާރަ މީހުން ފިޔަވައި އެންމެން ވިޔަފާރި ގާފިލާއާ ދިމާއަށް ދެމިގަނެވުނީއެވެ. رَسُوْل ﷲ ﷺ ހުންނެވީ خُطْبَة ވިދާޅުވާށެވެ. އެކަމާ ގުޅިގެން މި އާޔަތް ބާވައިލެއްވި އެވެ. وَاللَّهُ أَعْلَمُ. = فَتْحُ الْقَدِير =

Read Surah Al-Jumu'ah in another language

All languages

All 114 surahs in Dhivehi: the Qur’an in Dhivehi.

Learn it in MyDugsi

Dhivehi translation: Abu Bakr Ibrahim Ali (Bakurube), from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.